qalandhar | Unsorted

Telegram-канал qalandhar - Galandān ގަލަންދާނު

1843

ޢިލްމު އަދި އެއަށް ލޯބިކުރާ ދަރިވަރުންނަށް Notes by, ibn Fahmī Dīdī عفا الله عنه Friends & family

Subscribe to a channel

Galandān ގަލަންދާނު

📌❞ ފަލަސްތީނުގެ ޖިހާދަކީ މާތްވެގެންވާ ބިމެއްގެ ދިފާޢުގައި ކުރެވޭ ޝަރުޢީ ޖިހާދެކެވެ. ވީމާ އެތާގެ ސަރުކާރަކީ އަލްމާނީ ސަރުކާރެއް ކަމުގައި ވިޔަސް ނޫނީ ވެރިޔަކީ ޠާޣޫތެއް ކަމުގައި ވިޔަސް، މުސްލިމުންނާއި އެކު އެބައިމީހުންގެ ޢިއްފަތާއި މާތްވެގެންވާ ބިމުގެ ދިފާޢުގައި ހަނގުރާމަ ކުރުމަކަށް މަނަލެއް ނުވެއެވެ. ❝
— އައްޝައިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން (މަޞްދަރު)
~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

”އޮރިޔާންކާޑުގެ ދުނިޔެއަށް ގެނބިދިއުުން“

މިއީ ”އެޑިކްޓު“ ވާން ދިމާވާ ސައިންޓިފިކް ޙަޤީޤަތް ތަކާއި، އެއިން މިންޖުވުމަށް — އަދި ވަކިން ޚާއްޞަކޮށް އޮރިޔާންކާޑުގެ އެޑިކްޝަން އިން ސަލާމަތްވުމަށް އެކުލަވާލެވި ފައިވާ ވީޑިއޯ ސީރީސް އެކެވެ. މި ސީރީސްގެ އަޞްލު އެކުލަވާލައި، އިނގިރޭސިބަހުން ހުށަހަޅައިދީފައިވަނީ މަޝްހޫރު ދާޢީ އެއް އަދި މުއައްލިފެއް ކަމަށްވާ، ވާއިލް އިބްރާހީމް އެވެ.

މިސީރީސް ދިވެހިބަހަށް ތަރުޖާމާކޮށް އެކުލަވާލާފައިމިވަނީ ”ގަލަންދާނު“ ސޯޝަލް ޕުރޮޖެކްޓުގެ ދަށުންނެވެ. ހަފްތަވީ ގޮތެއްގައި ނެރުމަށް ހަމަޖެހިފައިވާ، މި ދިވެހި ސީރީސް ގައި، 16 އެޕިސޯޑް ހިމެނެއެވެ.

ނެކްސްޓްވެބް (NextWeb) އާއި ސިމިލާރވެބް (SimilarWeb) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެންމެ "ބައުންސް ރޭޓް" މަތި ގައުމުތަކުގެ ތެރޭގައި މުސްލިމުންގެ ބައިބޯކަން ގިނަ ގައުމުތައް ހިމެނެއެވެ. އެބަހީ އެ އޮރިޔާންކާޑު ސައިޓުތަކަށް ވަދެ ވުމާއިއެކު ވަގުތުން ވަގުތައް އެއިން ނިކުތުމުގެ (bounced out) ވުމުގެ ރޭޓެވެ. މީގެން ދޭހަ ކޮށްދެނީ އެތަކެތި ފެނި އޭގެ ޙަރާމްކަމުގެ ސަބަބުން އަވަހަށް ނިކުތުން ކަމުގައި މާނަކުރެވިދާނެއެވެ.

އަހަރެމެންގެ އުއްމީދަކީ، ހިމޭންކަމާއި އަނދިރި ކަމެއްގެ ތެރޭ އަހަރެމެންގެ މުޖުތަމައުގައި، ދީނަށް ބޯލަނބާ އަދި އެއާއި ދުރު މީހުންގެ ތެރޭގައިވެސް މޫވަދެފައިވާ މި، މީޑިއާ ނުވަތަ "ވާރޗުއަލް މަސްތު" އާއި މެދު ހޭލުން ތެރިކުރުވައި އެއިން މުޖުތަމައު ސަލާމަތް ކުރުމުގެ އެހީއެއް ފޯރުވުމެވެ. އަދި މިނުބައި ވިހައިގެ ސަބަބުން އިންސާނީ އިޖްތިމާޢީ އަދި އާއިލީ ދިރިއުޅުމަށް ކުރަމުންދާ އަސަރުތައް ނައްތާލުމެވެ. ދީނާއި ދުނިޔޭގެ ދުޅަހެޔޮކަމެވެ.

އާއިލާ އާއި ރައްޓެހިން ތެރޭ މިސީރީސް ޝެއަރކޮށް ފަތުރައިދިނުން އެދެމެވެ.

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

❞ ﷲ تعالى ގެ ފޮތަށް ތަދައްބަރު ކުރުން ⁽¹⁾ ، އެއީ ޖުމްލަވީ ގޮތެއްގައި ކޮންމެ ފަރުދެއް މައްޗަށް ފަރުޟެކެވެ. ދެންފަހެ ތަފްޞީލީ ގޮތެއްގައި — އެބަހީ މުޅި ޤުރުއާން — ތަދައްބަރު ކުރުން، އެއީ އުއްމަތުގެ މައްޗަށް ކިފާޔަތު ފަރުޟެކެވެ.

މީގެ މައްޗަށްވާ ދަލީލުތަކުގެ ތެރެއިން ވަނީ، ﷲ تعالى، އެއިލާހުގެ ފޮތުގެެ މައްޗަށް ތަދައްބަރު ނުކުރާ މީހުން ކުށްވެރިކުރައްވާފައި ވުމެވެ. އަދި މިކަަމުގެ ޞިފަ ދެއްވާފައިވަނީ ކާފަރުންނާއި މުނާފިޤުންނަށް ކަމުގައި ވުމެވެ. ❝

— ޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)

~ ގަލަންދާނު


-------------------
[1] އޭގެ އާޔަތް ތަކުގެ މާނަ އާއިމެދު ވިސްނައި ފިކުރުހިންގުމާއި އެކު ކިޔުން

Читать полностью…

Galandān ގަލަންދާނު

🔖 ❞ ޤަވާޢިދު: (ދީނީ) މައްސަލަތަކުގައި ކުށްޖެހޭ މީހާ ފާފަވެރިވުން ހުއްޓުވާ އަދި އޭނާ މައްޗަށް ތަކްފީރު މަނަޢުވުން ވަނީ ކުރުކޮށް 2 ޝަރުޠަކަށެވެ:

1. އެ ކުށް ޖެހޭ މީހަކީ އިޖުތިހާދު ކުރުމުގެ ފެންވަރުގެ މީހަކަށް ވުމެވެ. އެފެންވަރަކީ (މުޅި ދީނުގައި ނޫނަސް، އެ ވާހަކަދެކެވޭ) މަޢުޟޫ ގައި ވިޔަސް އެވެ. އެހެނީ ޖާހިލަކީ އިޖުތިހާދުކުރުމަުގެ އަހުލުން ތެެރެއިން ނުހިމެނޭ މީހެކެވެ. ވީމާ ކުށްޖެހޭ މީހާ ޢަފޫވުމުގެ ޢާންމު ދަލީލުތަކުގެ ނިވަލަށް އޭނާ ނުލެވެއެވެ.

2. އެ މައްސަލައަކީ އޭގައި އިޖުތިހާދު ކުރެވުން އެކަށޭނޭ މައްސަލައަކަށް ވުމެވެ. އެއީ ދަލީލުގައި އޮޅުންއެރުން އޮތުމުގެ މައްޗަށެވެ. އެއީ އެކަމަކީ (ޢިލްމުވެރިންތެރޭ) ޚިލާފު އޮތް ނޫނީ ނެތް މައްސަލައެއް ވިޔަސް އެވެ.

އަދި ޢިލްމުވެރިން ގާތު އެކަމުގައި "އިޖުތިހާދު ވެވޭ" އެއްޗަކީ: ޤަޠަޢީ (އަރައިރުމެއް ނެތް) ކޮންމެ ޝަރުޢީ ޙުކުމެކެވެ. މިސަބަބަށްޓަކައި ބުނެވެޔޭ: لا اجتهاد في موارد النص (ނައްޞެއް ވާރިދުވެފައިވާ ހިނދު އިޖުތިހާދެއް ނުވެއެވެ.) — އެބަހީ: ޤަޠަޢީ ނައްޞެއް އޮތުމެވެ. — ނައްޞެއް އޭގެޒާތުގައި އޮތަތީއެއް ނޫނެވެ.❝


— ޝެއިޚް ޙައްސާން ޙުސައިނުއް ޞޫމާލީ (ބަސްކޮޅު)

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

ރަވާތިބު ސުންނަތާއި ފަރުޟު ނަމާދު ކުރާ ޖަގަހަ ތަފާތުކުރުން

”ސުންނަތް ނަމާދު ކުރާތަން ފަރުޟުނަމާދު ކުރާތަނުން ބަދަލުކުރުން ޝަރުޢުވެގެންވެއެވެ. ﷲ تعالى ގެ ބަސްވަޙީ ގައި އައިސްފައި ވެއެވެ: ﴿ يَوْمَئِذٍ تُحَدِّثُ أَخْبَارَهَا ﴾ (އެދުވަހުން- (ޤިޔާމަތްދުވަހުން-) އެބިން އެބިމުގެ ހުރިހާ ޚަބަރެއްގެ ވާހަކަ ކިޔާނެއެވެ.)

ބިންގަނޑު އެތަނެއްގައި ކުރެވުނު ކަންތަކުގެ ޚަބަރު ދޭނޭ ވާހަކައެވެ. ހަމައެފަދައިން، މުޢާވިޔާ -رضي الله عنه- ގެ ޙަދީޘް ގައި⁽¹⁾ އައިސްފައިވެޔޭ، ނަބިއްޔު ﷺ ތިމަންނާމެންނަށް އަމުރުކުރެއްވިޔޭ: އެހެންޏާ ވާހަކައެއް ނުދައްކައިލާ ނޫނީ (މިސްކިތުން) ބޭރުވެނުލައި، އެއްނަމާދަށްފަހު އެހެން ނަމާދެއް ނުގުޅުވާށޭ އެވެ.“


— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)

~ ގަލަންދާނު


-----------------
[1] އަދި މުޢާވިޔާ މިރިވާޔަތުގައި ނަޤުލުކުރެއްވީ، ހުކުރުން ސަލާމް ދިނުމާއިއެކު ތެދުވެ ސުންނަތް ކުރެއްވި ބޭކަލެއް ފެނިވަޑައިގަތުމާއި ވިދިގެންނެވެ. ޙަދީޘް ގެ އަޞްލު (މުސްލިމް 883)

Читать полностью…

Galandān ގަލަންދާނު

ކަމެއްގައި ޚިލާފު އޮތުމަކީ އޭގެ ޒާތުގައި އެކަމަކީ އިޚްތިޔާރީ ކަމަކަށް ވުމެއް ނޫނެވެ.

”ގިނަ ބަޔަކު ހީކުރާގޮތުގައި، (ދީނީ) މަސްއަލަތަކުން މަސްއަލައެއްގައި ޢިލްމުވެރިން މެދުގައި ޚިލާފު އޮތުމުގެ މައްޗަށް އެކަނި، މުސްލިމަކަށް އެކަމުގައި އޭނާ ހިތްއެދޭ ގޮތެއް ޚިޔާރު ކުރުން ހުއްދަކަމުގައެވެ. މިއީ — ޚުދު އިޚްތިލާފުވެވަޑައިގަންނަވާ ދެފަރާތުގެ ޢިލްމުވެރިންގެ އިޖުމާޢިން ވެސް — ކުށެކެވެ. އިމާމުން އަރިހުން މިބީދާއިން ބަސްފުޅު ވާރިދުވެފައި ވެއެވެ. އެއީ އަޙްމަދާއި¹ އަލްބުޚާރީ² އާއި އައްޝާފިޢީގެ ޞާޙިބު — މުޒަނީ³ އާއި، އިބްނު ޙަޒަމާއި⁴ އިބްނު ޢަބްދުލް ބައްރާއި އައްޝާޠިބީ⁵ އާއި އަބުލް ފަރަޖް ބްނުލް ޖަޥްޒީ⁶ އާއި އަލްޚައްޠާބީ އާއި އިބްނު ތައިމިއްޔާ⁷ އަދި އެނޫން ބޭފުޅުންގެ އަރިހުން އައިސްފައިވާ ފަދައިންނެވެ.

އިބްނު ޢަބްދުލް ބައްރު ވިދާޅުވިއެވެ: ”ޚިލާފަކީ (އޭގެ ޒާތުގައި) ޙުއްޖަތެއް ނޫން ކަމުގައި މުސްލިމުތަކުން ވަނީ، އިޖުމާޢުވެފައެވެ. އަދި އެހިނދުގައި އޭގެން ޙައްޤު ދެނެގަތުމަށްޓަކައި ލާޒިމުވަނީ، ދަލީލާއި ޙުއްޖަތަށް ބެލުންކަމުގައިވެސް (އެއުރެން އިޖުމާޢުވި) އެވެ.“⁸ އަދި "އަލްޖާމިޢު" ގައި ވިދާޅުވިއެވެ: ”އުއްމަތުގެ ފިޤުހުވެރިން ގާތުން އުނގެނިފައި ހުރި އެކެއްގެ ގާތުގައިވެސް، އިޚްތިލާފަކީ (އޭގެ ޒާތުގައި) ޙުއްޖަތެއް ނޫނެވެ. އެހެނަސް މިއީ އެމީހަކަށް ފެނުމެއް ނުވާ، ދެނެގަނެވުމެއް ނުވާ މީހަކަށް މެނުވީއެވެ. އަދި އެފަދަމީހާގެ ބަހުގައި ބުރަދަނެއް ނުވެއެވެ.“⁹

އަދި އަލްޚައްޠާބީ ވިދާޅުވިއެވެ: ”އިޚްތިލާފަކީ ޙުއްޖަތެއް ނޫނެވެ. އަދި ދެޚިލާފެއް (އަންނަދަނޑި ވަޅުގައި) އޭގެ މައްޗަށް ވާ ޙުއްޖަތަކީ: ސުންނަތުގެ ދަލީލެވެ.“¹⁰

އަދި (ވަކި ގޮތަކަށް) ތިމަންނާ ހިފާނީ، އިޖުމާޢު އޮތް ގޮތް ތަކުގައި އެކަންޏޭ ބުނެ ދައުވާ ކުރާމީހާ، ދަންނައެ، އިޖުމާޢު އައިސްފައިވާ ކަންކަމުގެ ތެރެއިންވެޔޭ: ޚިލާފު އޮތުމަކީ، ފިގުހުވެރިޔާއަށް ތަޤްލީދުކޮށް ސާފު ދަލީލު އެއްލާލުމަށް އޮތް ހުއްޖަތެއް ނޫން ކަން. މިކަމުގެ މައްޗަށް ހަތަރު އިމާމުން އަރިހުން ބަސްފުޅު އައިސްފައިވެއެވެ. މީގެ ސަބަބަކީ، ކަމެއްގައި ހަމައެކަނި ޚިލާފު އޮތަތީވެ، މިފަދަ މީހާ، (ކޮންމެ އަތަކަށްވިޔަސް) އެކަން ކުރުން ހުއްދަވުމުގެ މައްޗަށް ދަލީލެއް ވާރިދުވެފައި އޮތްފަދައިން ހެދުމެވެ. އެއީ މިވެނި ކަމަކީ ހުއްދަ އެއްޗެކޭ ނޫނީ ޙަރާމް އެއްޗެކޭ ބުނަން ޚާއްޞަ ދަލީލެއް އައުމުން ވާ ފަދައިންނެވެ. އަދި މިއީ (ކަމެއްގައި) ޚިލާފު އޮތުމުގެ މައްޗަށް ނުބައި ނުރައްކާތެރި ފަހުމެކެވެ. އެހެނީ، ފިޤުހުވެރީންގެ ބަސްފުޅުތަކަކީ އޭގެ ޒާތުގައި ދަލީލުތަކުގެ މަޤާމުގައިވާ އެއްޗެއް ނޫނެވެ.“


— ޢަބްދުލް ޢަޒީޒް އައްޠަރީފީ (ޢަލްޙިޖާބު ފިއްޝަރްޢި ވަލްފިޠްރަތި، ޞ. 84، 85)

~ ގަލަންދާނު


----------------------
(1) فتاوی ابن تيمية» (۲۱۲/۲۰).
(2) (صحيح البخاري (٢٦٨١/٦) .
(3) نقل كلامه ابن عبد البر في جامع بيان العلم وفضله» (۹۲۲/۲)
(4) انظر: «الإحكام» (٦٤/٥ - ٧٠) .
(5) انظر: «الموافقات (٩٢/٥ - ٩٧) .
(6) تلبيس إبليس» (ص (۸۱)، و نواسخ القرآن» (ص ۸۳۱).
(7) انظر: مجموع الفتاوى» (١٠ / ٤٧٢ - ٤٧٣) .
(8) «التمهيد» (١ / ١٦٥) .
(9) جامع بيان العلم وفضله» (۹۲۲/۲).
(10) انظر : أعلام الحديث (۲۰۹/۳) .

Читать полностью…

Galandān ގަލަންދާނު

🔴ހިޝާމް އަލްބިޔަލީ އަކީ ތެދުވެރި ނަޞޭޙަތްތެރިއަކަށް ވެގެންހުރި ޒިންދީޤެއް ހެއްޔެވެ؟

(މިޞްރުގެ އިރުޖާ⁽¹⁾ ފިކުރުގެ ދާޢީއެއް ކަމުގައިވާ ހިޝާމް އަލްބިޔަލީ ވަނީ ޔަހޫދީންގެ ޢުދުވާނާއި ދެކޮޅަށް ކުރެވޭ ޖިހާދު ހުއްޓައިލުމަށް ގޮވާލައި، "ސުންނަތާއިގެން ޖިހާދު ކުރާށޭ" އަދި "ހަތިޔާރުގެ ޖިހާދަށްވުރެ" އެކަން މަތިވެރިކަމަށް ބުނެ، ޔަހޫދީ ޢުދުވާނާއި ދެކޮޅަށް ކުރެވޭ ޖިހާދުން ވަގުތުން ރުޖޫޢަވުމަށް ގޮވާލާ ވީޑިއޯއެއް ޝާއިޢުކޮށްފައެވެ.)

”މިޞްރުގެ ހިޝާމް އަލްބިޔަލީ ވާހަކައިގެ އަމާޒަކީ، ޣައްޒާގެ އަހުލުން ތެދުވެފައިވާ ﷲގެ މަގުގައިވާ ޖިހާދު ކުރުމާއިމެދު ކަމުގައިވާނަމަ، އޭގެ މައްޗަށް:

• (ހަތިޔާރު ދޫކޮށް ސުންނަތަށް އަންނާށޭ) އޭނާ ދައުވާ އެކުރަނީ، ޖިހާދަކީ - ޢާންމު މާނައިގައި - ޝަރުޢީ ސުންނަތް ތެރެއިން (އެބަހީ: އިސްލާމީ ޙުކުމްތަކުގެ ތެރެއިން) ނުހިމެނޭ އެއްޗެކޭ ނަމަ، އޭނާ ކުފުރު ވެއްޖެއެވެ. އެހެނީ ޖިހާދަކީ ދީނުގެ އަސާސީ މިންވަރުން (ކޮންމެ މީހަކަށް) އެނގޭން އޮތް ސުންނަތް (ދީނުގެ ޙުކުމެއް) ކަމުގައި ވުމެވެ.

• "ސުންނަތޭ" އޭނާ ނިސްބަތް އެކުރަނީ، މުސްތަޙައްބު ކަންކަމުގެ މާނައިގައި ނަމަ، އަދި އެފަދަ ސުންނަތްތައް، ދިފާޢީ ޖިހާދަށްވުރެ ފަޟުލުވެރި ކަމަށް އޭނާ ބުނާނަމަ، މިބުނުމުގައިވެސް އޭނާ ކުފުރުވެއްޖެއްވެ. އެހެނީ އެފަދަ ސުންނަތް ތަކަށްވުރެ ދިފާޢީ ޖިހާދު ފަޟުލުވެރި ވެގެންވާ ކަމަށް، މުސްލިމުން ވަނީ އިޖުމާޢުވެފައެވެ. މިއާއިއެކު، އޭގެ ފަޟުލުވެރިކަމާއިމެދު ޤުރުއާނުގައިވާ ޤަޠަޢީ (އަރައިރުމެއް ނެތް) އާޔަތްތަކާއި އަލިގަދަ މުތަވާތިރު (އެތައް މަގަކުން އެތައް ބޭކަލެއް މެދުވެރިކޮށް ރިވާވެފައިވާ) ޚަބަރު ތައްވެސް ހުރީއެވެ.

އަދި މިއީ އޭނާ ޖިހާދާއި ސުންނަތް، މިދޭތި މުޑިއަރުވައި އެޖަމްޢުކުރުން މަނައުކުރާ ކުރުން އެއްކިބާކޮށެވެ. މިކަމަކީ އެއްވެސް ބުއްދިހުރި މީހަކާއި ޖާހިލެއްވިޔަސް ބުނުން އެކަށީގެން ނުވާ ބުނުމެކެވެ.

އިބްނު ތައިމިއްޔާ ވިދާޅުވިއެވެ: ”މުއުމިނަކަށް ތިން ޢަދުއްވެއް ވެއެވެ: އެއީ އިންސީންނާއި ޖިންނީންނާއި ހައިވާނުންގެ ޝައިޠާނުންނެވެ. އަދި ނަމާދުގައި މިތިނެއްޗާއި ޖިހާދުކުރުން ސުންނަތުން ވާރިދުވެފައިވެއެވެ. އެހެންކަމުން އޭގައި އޭނާގެ ރައްބަށް އޭނާ މުނާޖާ ދެންނެވުމާއި، އެންމެހާ ހައިވާނެއްގެ ޢަދުއްވުން ފުށުން ދިފާޢުވުން ޖަމަޢަވެއެވެ." (އަޅުކަންތައް ޖަމަޢަވާކަން މީގެން ދޭހަވެއެވެ.)

މިއިން ކުރެވުނު ސުވާލުގެ ޖަވާބު ސާފެވެ. އަދި މަގުފުރެދުންވެސް މެއެވެ: ފަހެ ހިޝާމް އަލްބިޔަލީ އަކީ ތެދުވެރިޔެއްގެ ސިފައިގައިވާ ޒިންދީގެކެވެ.

އަބޫ މުޙައްމަދު އިބްނު ޙަޒަމް (456ހ) ވިދާޅުވިއެވެ: ”ކާފަރުންނާއި ޖިހާދު މަނައު ކުރުމާއި، މުސްލިމުންގެ ޙަރިއްމަ ކާފަރުންނަށް އަމާންދިނުވުމަށްވުރެ ބޮޑުފާފައެއް، ކުފުރަށްފަހު ނުވެއެވެ.“

ޝެއިޚުލް އިސްލާމް (728ހ) ވިދާޅުވިއެވެ: ”ދެންފަހެ ދިފާޢުގައި ކުރެވޭ ހަނގުރާމަ، ދަންނައެ، އެއީ އަރައިގަންނަ ޢަދުއްވުގެ ފުށުން [ޢިއްފަތާއި ލޭގެ] ޙުރުމަތް އަދި ދީން ދިފާޢު ކުރުމުގެ އެންމެ ވަރުގަދަ ވައްތަރެވެ. ފަހެ އެކަމަކީ އިޖުމާޢުއިން ވާޖިބެކެވެ. އެހެންކަމުން ދީނާއި ދުނިޔެ ފަސާދަކުރަނިވި ޢުދުވާންދޭ ޢަދުއްވުފުށުން، ދިފާޢުވެރި ވުމަށްވުރެ އިސްވެގެންވާ ވާޖިބެއް، އީމާން ކަމަށްފަހު ނުއޮވެއެވެ. ވީމާ އެކަމުގައި [ހުރަސްއެޅޭ] އެއްވެސް ޝަރުޠެއް ނުވެއެވެ. އަދިކިޔެއްތަ، ވީކޮންމެ ގޮތަކުން ވަނީ ދިފާޢު ވުމެވެ.“

އަދިވެސް އެކަލޭގެފާނު رحمه الله ވިދާޅުވިއެވެ: ”ކަނޑިން ވިޔަސް، ލޮންސިން ވިޔަސް، ނޫނީ ތީރުންވިޔަސް ނޫނީ އޮއްގަލުންވިޔަސް، ނޫންނަމަ ލަޓިބުރިންވިޔަސް، މުސްލިމުންގެ ތެރެއިން ކާފަރުންނާއި ހަނގުރާމަ ކުރާ ކޮންމެ މީހަކީ، ދަންނައެ، ﷲ ގެ މަގުގައިވާ މުޖާހިދެކެވެ.“

ބަލައިހޯދާ: އިބްނު ޙަޒަމް ގެ "އަލްމުޙައްލާ" (7 /300)، އިބްނު ތައިމިއްޔާގެ "އަލްފަތާވާ އަލްކުބްރާ" (5/ 538) އަދި "މަޖްމޫޢުލް ފަތާވާ" (28/ 316)، އަދިވެސް އިބްނު ތައިމިއްޔާގެ "ޖާމިޢުލް މަސާއިލް" (6/ 317).


— ޝެއިޚް ޙައްސާން ޙުސައިނުއް ޞޫމާލީ (ބަސްކޮޅު)

~ ގަލަންދާނު


-------------------
[1] މީނާ އަކީ މިޒަމާނުގެ މުރުޖީ ފިކުރުގެ މަދުޚަލީން ތެރެއިން ބައިވެފައިވާ ގޮތްޕެއް ކަމަށްވާ ޙައްދާދީ ފިކުރުގެ މީހެއް ކަމުގައި މިޞްރުގެ މަދުޚަލީން ބުނެފައިވެއެވެ.

Читать полностью…

Galandān ގަލަންދާނު

🗣Galandān

"Imam an-Nawawi and the Concept of Innovation: Understanding the Difference between the Salaf and Khalaf"

Link: https://justpaste.it/b3iwo

(Archived link 🔗)

Читать полностью…

Galandān ގަލަންދާނު

ހުރިހާ އިމާމުންގެވެސް ކުށްތައް ވެއެވެ.
🔻🔻

Читать полностью…

Galandān ގަލަންދާނު

އިބްނު ޙަޖަރުގެ ކުށްތަކުގެ ސަބަބުން އެއީ އަޝްޢަރީ އެކޭ ބުނުމާއި މެދު — ޝެއިޚް އަލްޢަލްވާން
🔻🔻

Читать полностью…

Galandān ގަލަންދާނު

ދުޢާ ކުރުމަށްފަހު މޫނުގައި އަތް ފިރުމުމުގެ މައްޗަށް ވާރިދުވެފައިވާ ޙަދީޘް ތަކުގެ ދަރަޖަ


”ފަހެ ރަސޫލު ﷲ ﷺ ދުޢާ ކުރައްވާހިނދު އަތް އުފުއްލެވިކަމަށް އެތަކެއް ޙަދީޘެއް، ގާތްގަނޑަކަށް ތިރީސް ރިވާޔަތެއް، ޞައްޙަ ސަނަދުތަކުން ވާރިދުވެފައިވެއެވެ. އެއަށްފަހު އޭގައި ބަލިކަށިކަން ހިމެނޭ ސަނަދުތަކުން، އެކަލޭގެފާނު ދުޢާކޮށް ނިންމަވާހިނދު ދެއަތްތިލައިން މޫނުގައި ފިރުމަވާލައްވާ ކަމަށް އައިސްފައިވެއެވެ.

ފަހެ ދެމޭރުމަކުން މިގޮތުގައި ފިރުމުން، ބާޠިލުވެފައި ޞައްޙަވެގެން ނުވެއެވެ:
• ފުރަތަމަ ވަޖުހަކީ: މިސަނަދުތައް ބަލިކަށިވުމެވެ.
• ދެވަނަ ވަޖުހަކީ: މިސަނަދުތައް (އެކަތި އަނެކެތިން) ވަރުގަދަ ކުރެވުމަށް ނުކުޅެދުމެވެ. އެހެނީ، ތަފާތު އެކި ސަނަދުތަކުން (ދުޢާކުރެއްވުމުގެ) މިވާހަކަ އައިސްފައިވާ އިރު، އޭގައި މޫނުގައި އެކަލޭގެފާނު ފިރުމުއްވެވި ކަމުގައި ނެތުމެވެ.

ފަހެ އަލްޙާފިޡު އިބްނު ޙަޖަރު މި (މޫނުގައި އަތްއެޅުމުގެ) ޙަދީޘްތައް "ޙަސަނު" ދަރަޖަ ކުރެއްވި އިރު، އިބްނު ތައިމިއްޔާ އެ ޟަޢީފު ކުރެއްވިއެވެ. އަދި މިކަމުގައި ޙައްޤު ބުނުން އޮތީ އިބްނު ތައިމިއްޔާގެ ނިންމެވުމުގަ އެވެ. އެއީ ޙަދީޘް ޢިލްމުވެރިންގެ މުތަޤައްދިމް ޢިލްމުވެރިންގެ މަންހަޖެވެ. (އެބަހީ: ޙަދީޘް ޞައްޙަ ކުރެއްވުމުގައި ކުރީގެ ޢިލްމުވެރިން ގެންގުޅުއްވި އުސްލޫބެވެ.) އަދި އެބޭކަލުން (މިކަމުގައިވާ ރިވާޔަތްތައް) ޟަޢީފުކުރެއްވިއެވެ. އަދި ޞައްޙައެއް ކުރައްވާފައި ނުވެއެވެ.“

— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

🔴 Different souls benefit from different specialities and the mind is a container, who's objective should be adding that which benefits the individual soul than adding every content to its full.

❝ Among the natures that influence the mind that the teacher must take into consideration are:

Disoriented souls that do not absorb knowledge in a correct and harmonious manner, and therefore do not use it correctly. This is because it's knowledge remained unripe and incomplete. Rather, it is truncated and in fragments. So the knowledge you give is used as how it absorbs.

These souls may be pure and sincere in acquiring knowledge, but they are afflicted by their turmoil and disorientation.

Such people acquire knowledge with great hardship, and perhaps they do not obtain knowledge in a year what other normal souls obtain in a month. From mercy and compassion to such soul is providing it the knowledge that is sufficient for its needs (without going deep.) And advising them to turn to such deeds and interests that are beneficial and appropriate to such a soul. So that he does not take fragments of knowledge and apply it in bits, thereby abusing it while thinking that he is doing well in it.

This is especially if the disoriented soul has additional nature worsening, which is boldness and hasteness.

For such souls Al-Farrā’ says: “I do not have mercy on anyone, as I have mercy on those who seek knowledge and do not understand it.”⁽¹⁾

Something similar was narrated from of Ibn 'Uyaynah.⁽²⁾

Ibn 'Uyaynah is aware of the means of knowledge and is expert in them, as Al-Shāfi’ī said: “I have never seen anyone with the means of knowledge that Sufyān bin 'Uyaynah had.”⁽³⁾

The mind is a container for knowledge, and what should be placed in it is what it can carry. Whatever exceed that is wasted, and may harm not just its owner, but others too.

Al-Sha’bī used to say: "There is no good in knowledge without intellect."⁽⁴⁾

Al-Hassan said: “He who does not have a mind to regulate him, is not benefited from the abundance of (hadīth) narrations.”⁽⁵⁾ ❞ — End.


— "Al-Fasl Bayn Al-Nafs Wal 'Aql" (p 59, 60) by 'Abdul 'Azīz Al-Tarīfī


~ Galandān

-----------------------
(1) جامع بيان العلم وفضله (٤٢٩/١).
(2) الاعتصام للشاطبي (١٦٥/١).
(3) سير أعلام النبلاء (٤٥٨/٨).
(4) تاریخ دمشق (٣٨٢/٢٥)
(5) العقل وفضله لابن أبي الدنيا (ص ٥٦).

Читать полностью…

Galandān ގަލަންދާނު

ސ: ނަމާދުގައި ސުތުރާ އެއް ބެހެއްޓުމުގެ ޙުކުމަކީ، ވާޖިބު ހެއްޔެވެ؟

ޖ: އެންމެ ގާތްކަން ބޮޑީ — والله أعلم — އެއީ މުސްތަޙައްބު ކަމެއް ގޮތުގައެވެ. އެއީ މިކަމުގައި ޖުމްހޫރު ޢިލްމުވެރިން ދެކިލައްވާ ފަދައިންނެވެ.


— ޝެއިޚް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

Is the Friday ghusl sufficient for ablution?

One of the brothers says: Does the Friday Ghusl suffice the ablution?

Shaykh: ❝ Ghusl is of two types: Complete Ghusl, and Acceptable Ghusl. Acceptable ghusl is to pour water over the whole body and then it is purified. This washing is not valid for ablution and is not a replacement for it, except (if it was done as) a Ghusl for janābah (sexual defilement) — this alone (is the exception). Because it is the type for which the evidence (for an exception) came. So we limit ourselves to the context of the evidence. We do not generalize this for the rest of the types of ghusl, because the fundamental principle is of its absence (i.e. wuḍū' is not fulfilled with Acceptable ghusl). If there had not been narrated an evidence in the case of janābah, we would not have given an exception to it as well. Because ablution is necessary and al-tartīb is obligatory (i.e. succession in washing the parts of Ablution). It is not possible to drop this order of ablution, except with an evidence. As for the (exception in) ghusl of janābah, it was dropped here with (a specific) evidence (for it).

The second type: complete ghusl, and that is, if it is for janābah: washing your private parts and cleansing. Then to perform ablution as of the ablution for prayer. After that you shed water over the body, wash your head three times, then shed water on the body once again. Whoever has performed this (type of ghusl), has sufficed for ablution upon consensus without a dispute, as he has already performed ablution. It is best that he performs this (i.e. complete ghusl) for the Friday (prayer). He is not required to perform ablution afterwards, unless due to ḥadath (passing anything from his back or private parts) or (in case he) touches his penis. On the contrary, if he takes an acceptable ghusl and spills water all over his body without performing ablution, and say: "Look, we are going to Friday prayers." We say: This is not valid and is not sufficient, yes, this ghusl is sufficient for the Friday (prayer's) ghusl — whether it is said that it (the ghusl of Jum'ah) is desirable (mustaḥab) or is said that it is obligatory (wājib). But this does not permit the performance of prayer, because ablution must be in tartīb, and the tartīb is obligatory⁽¹⁾ in ablution according to the more correct of the two scholarly opinions, which is the opinion of the majority...❞


— Al-Shaykh Al-Muḥaddith Sulaymān bin Nāṣir al-'Alwān (source)

~ Galandhaanu

_______________
[1] “Because everyone who described the ablution of the Prophet ﷺ, mentioned it in order. And what came in some aḥādīth that the Prophet ﷺ did not arrange it — as the ḥadīth of Al-Rubayyi'i Bint Al-Mu'awwidhi — this is a narration which is iḍṭirāb (inconsistent). In it 'Abdullah bin Muḥammad bin Aqīl was inconsistent. He is poor in memory...” — al-'Alwān (source)

Читать полностью…

Galandān ގަލަންދާނު

⚪️ފަސްވަނަ ކަމަކީ: އަޅަކަށް މިކަމަށް މަގުފަހިވެއްޖެ ހިނދެއްގައި މިއަށްޓަކައި އޭނާގެ ނަފުސު ހޭދަކުރުމެވެ. އަދި އެވެރިންނަށް ބޭނުންޖެހިފައިވަނީ ތަފާތު ފަންނުތަކާއި ކަންކަމުގައި ޚާއްޞަ (އިސްޕެޝަލިސްޓުންނަށް) އަދި އެފަދަ ފަރާތްތަކަށެވެ. ކޮންމެ ކޮންމެ ފަރުދަކަކަށް ނޫނެވެ.

މީގެ އިތުރުން، ބައެއް މީހުން މަޝްވަރާ އަކާއި ނުލައި އަދި ތަރުތީބެއް ނެތި ދަތުރުކުރެއެވެ. އަދި މީގެ ނަތީޖާއަކަށް ހައްޔަރުވުމާއި މިޒާތުގެ ކަންކަމާއި ކުރިމަތިވެއެވެ. އަދި މިއީ ކުށެކެވެ.

މިފަދަ ދަނޑިވަޅުތަކުގައި މުޙިއްމީ ކެތްތެރިކަމާއި ނަތީޖާ ނެރުމަށް އަވަސްއަރުވައި ނުލުމެވެ. އަދި މުސްލިމުތަކުންނަށްވާ ނަޞްރާއި ކާމިޔާބީގެ ޙަޤީޤަތަށް މަގުދެއްކުމެވެ. އެހެނީ ގިނަބަޔެއް ދެކެނީ ކާމިޔާބީގެ ޙަޤީޤަތަކީ ޢަޞްކަރީ ކާމިޔާބީކަމުގައެވެ. އެއުރެން އެދެނީ އެއްރެއިން ޢަދުއްވު ނެރެލެވުމަށެވެ. އަދި އެކަމުން މިންޖުވެ އަރައިގަތުމެވެ. އެއީ ތިމާމެންގެ ފާފާޔާއި އުރެދުމާއި (ގޯސް) ޢަމަލުތަކުގައި އިސްރާފުވެފައިވާ ޙާލުގައި ތިބެއެވެ. ކާމިޔާބަކީ މިފަދައިން އަންނަ އެއްޗެއް ނޫނެވެ.

އަހަރެމެންނަށް (ތާރީޚުން) އެނގޭގޮތުގައި އެންމެ ކުށަކާއި ހުރެ، ޙުނައިނު ހަނގުރާމައިގައި އަޞްޙާބުބޭކަލުން ނާކާމިޔާބުވިއެވެ. އަދި އެއީ އަޞްޙާބުބޭކަލުންނެވެ! އެބޭކަލުންނީ ޢިލްމާއި އީމާނާއި ﷲ جل وعلا ގެ މަގަށް ދަޢުވަތު ދިނުމުގަޔާއި، ކެތްތެރިކަމާއި ތަވައްކަލާއި ޙަޤީޤީ އުޚުއްވަތްތެރިކަމާއި ޞަފުތަކުގައި ބަދަހިކަމުގެ ބޭކަލުންނެވެ. އެހެނަސް ޙުނައިނު ޙަނގުރާމައިގައި އެބޭކަލުންގެ ގިނަކަމާއިމެދު އާޝޯޚުވީހިނދު އެބޭކަލުންމައްޗަށް (ޢަދުއްވުން) ގަދަވެ، (ހަނގުރާމައިން) ބަލިވެ، ފަސްއެނބުރި ވިއްސިވިހާލިވިއެވެ. ﷲ جل وعلا ވަޙީ ކުރެއްވިއެވެ: ﴿وَيَوۡمَ حُنَيۡنٍۙ إِذۡ أَعۡجَبَتۡكُمۡ كَثۡرَتُكُمۡ فَلَمۡ تُغۡنِ عَنكُمۡ شَيۡئًا وَضَاقَتۡ عَلَيۡكُمُ ٱلۡأَرۡضُ بِمَا رَحُبَتۡ ثُمَّ وَلَّيۡتُم مُّدۡبِرِينَ * ثُمَّ أَنزَلَ ٱللَّهُ سَكِينَتَهُۥ عَلَىٰ رَسُولِهِۦ وَعَلَى ٱلۡمُؤۡمِنِينَ وَأَنزَلَ جُنُودًا لَّمۡ تَرَوۡهَا وَعَذَّبَ ٱلَّذِينَ كَفَرُواْۚ وَذَٰلِكَ جَزَآءُ ٱلۡكَٰفِرِينَ * ثُمَّ يَتُوبُ ٱللَّهُ مِنۢ بَعۡدِ ذَٰلِكَ عَلَىٰ مَن يَشَآءُۗ وَٱللَّهُ غَفُورٌ رَّحِيمٌ ﴾ (9 : 25-27)

{އަދި حنين ހަނގުރާމައިގެ ދުވަހުގައިވެސް (އެކަލާނގެ ކަލޭމެނަށް نصر ދެއްވިއެވެ.) އެދުވަހު ކަލޭމެން ކަލޭމެންގެ عدد ގިނަކަމާއިމެދު عجائب ވީހިނދުންވެސް އެމީހުން ގިނަކަމަކުން ކަލޭމެނަކަށް އެއްވެސް ކަމެއް ފުއްދައެއް ނުދިނެވެ. (އެދުވަހު) ބިންގަނޑުގެ ތަނަވަސްކަމާއިއެކުވެސް އެބިންގަނޑު ކަލޭމެނަށް ދަތިވެގެންވިއެވެ. އަދި ފުރަގަސްދޭ حال ކަލޭމެން އެނބުރި (ميدان ން) ފުރަގަސްދީ ދިޔައެވެ. * ދެން (އެ ދެރަކަމަށްފަހު) ﷲ تعالى އެކަލާނގެ رسول އާގެމައްޗަށާއި مؤمن ތަކުންގެ މައްޗަށް އެކަލާނގެ سَكِينَة (އެބަހީ: އެކަލާނގެ އަމާންކަމާއި ހަމަޖެހުން) ބާވައިލެއްވިއެވެ. އަދި ކަލޭމެނަށް ނުފެންނަ އެހެން لشكر އެއްވެސް އެކަލާނގެ ބާވައިލެއްވިއެވެ. އެކަލާނގެ ފޮނުއްވިއެވެ. އަދި ކާފަރުވީ މީސްތަކުންނަށް އެކަލާނގެ عذاب ދެއްވިއެވެ. ކާފަރުންނަށް އެކަލާނގެ جزاء ދެއްވަނީ އެފަދައިންނެވެ. (އެއީ ކާފަރުންތައް ميدان ގައި މަރުވެ އަނެއްބަޔަކު أسِيرُ ކުރެއްވުމެވެ. އަދި މުދާތައް مؤمن ންނަށް غنيمة ވުމެވެ.) * ދެން ﷲ އެދިވޮޑިގަންނަވާ އަޅަކަށް އޭގެފަހުގައި (އެބަހީ: مؤمن ންނަށް ބިންގަނޑު ދަތިވެ ހަނގުރާމައިގެ ކަންތައް ގަދަވުމަށްފަހުގައި) ﷲ تعالى توبة ލެއްވިއެވެ. އަދި ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.}

ވީމާ އުއްމަތް ވަނީ ތަވްޙީދާއި ޢަޤީދާއިން އޭގެ މިސްރާބު ސީދާކޮށް، ﷲ جل وعلا އަށް ރުޖޫޢަވުމަށް ލާޒިމުވެފައި އެވެ. ❝


— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާނު ބުނު ނާޞިރަލް ޢަލްވާން (ބަސްކޮޅު)


~ ގަލަންދާން

Читать полностью…

Galandān ގަލަންދާނު

އެޑިކްޝަން މަސައްކަތް ކުރަނީ ކިހިނެއް؟ (Ep 01)

#Genbidhiyun_Weekly
https://www.youtube.com/watch?v=U2l6U-iu47I

Читать полностью…

Galandān ގަލަންދާނު

ވީޑިއޯ ސީރީސް: ”އޮރިޔާންކާޑުގެ ދުނިޔެއަށް ގެނބިދިއުުން“

~ ގަލަންދާނު ސޯޝަލް ޕުރޮޖެކްޓް

Читать полностью…

Galandān ގަލަންދާނު

🔖 ❞ޢަޤީދާއާއި ފިޤުހުގެ ކަންކަމުން ފަޅާ ގޮފިތަކީ "އުޞޫލުއް ދީން" ގެ (އެބަހީ: ދީނުގެ އަސާސުތަކުގެ) ތަރަހައިގެ ތެރެއަށް ވަންނަ ތަކެއްޗެއް ނޫނެވެ. މިހެންކަމުން، ޢަޤީދާގެ ގޮތްޕެއްގައި ޚިލާފެއް އޮތްކަން ޞައްޙަ ވުމީ: މިޒަމާނުގެ ބަޔެއް ޒިންދީޤުން ބުނާފަދައިން، ދީނުގެ އުޞޫލުތަކުގައި ސަލަފުން ޚިލާފުވިޔޭ ބުނެވޭނެ ކަމެއް ނޫނެވެ. އެހެނީ އުޞޫލުއް ދީން ގެ މުރާދަކީ:

ޤަަޠަޢިއްޔާ (އަރައިރުމެއް ނެތް) ދަލީލުތަކުން އެއަކަށް އިޖުމާޢުވެވިފައިވާ ކަންކަމެވެ. ހަމައެފަދައިން އެންމެހާ ޝަރުޢުތަކުގައި އިއްތިފާޤުވެ އެޔެއް މަންސޫޚުވުން ނުވާ އެންމެހާ ކަންކަމެވެ. އެއީ ޢިލްމީ ނޫނީ ޢަމަލީ ކަމެއް ވިޔަސް އެވެ.

އަދި މިކުރު ތަޢުރީފުގެ ދަށުން:
1. އަލްއިސްރާއު ގެ ރޭ ނަބިއްޔު (عليه السلام) އެކަލޭގެފާނުގެ ރައްބު (سبحانه) (ފަރުދާއެނެތި) ދެކެވަޑައިގަތުން ނޫނީ އެކަމުގެ ނަފީ
2. ޖިސްމާނީ ގޮތުން އަލްއިސްރާއު ވުން ނޫނީ އެކަމުގެ ނަފީ
3. މައްޔިތުންނަށް ދިރިތިބީންގެ އަޑު އިވުން ނޫނީ އެކަމުގެ ނަފީ
4. އެވެރިންގެ މައްޗަށް ދިރިތިބީން (މޮޔައަރައި) ރުއިމުގެ ސަބަބުން މައްޔިތުންނަށް ޢަޛާބު ލިބުން އަދި އޭގެ ނަފީ

އަދި މިނޫން މިފަދަ (ޚިލާފެއް ވާރިދުވެފައި އޮތް) ކަންކަމީ، އުޞޫލުއް ދީން ގެ ތެރެއިންވާ ކަންކަމެއް ނޫނެވެ.

އިބްނު ވަޒީރުއް ޔަމާނީ (840ހ) ވިދާޅުވިއެވެ: ”ފަހެ ދީނުގައި އިތުރުކުޅައުމުގެ ތެރޭ ވަނީ: ބުއްދީން ނޫނީ ޝަރުޢުން ހުރި އަރައިރުންވަނިވި ކަންކަން، އެއީ އެނގިގެންވާ ކަންކަމުގެ ދަރަޖައަށް އުފުލުމެވެ. އަދި މިއީ އިޖުމާޢުއިން ޙަރާމް ކަމެކެވެ.“ — إيثار الحق على الخلق (1/577).❝


— ޝެއިޚް ޙައްސާން ޙުސައިނުއް ޞޫމާލީ (ބަސްކޮޅު)

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

❞ (ދީނުގެ) ކަންކަމުގައި ކުށްޖެހޭ މީހާ ދެޙާލަތަކަށް ވާކަމުގައި ޢިލްމުވެރިން ވަނީ އިޖުމާޢުވެލައްވާފައެވެ:
ޢުޛުރުވެރިވުން އަދި ޢުޛުރުވެރި ނުވުމެވެ.

އަދި ހަމައެފަދައިން އެބޭކަލުން އިޖުމާޢުވެލެއްވީ ދީނީ ޙުކުމްތައް ބެހެވެނީ، އެކަންކަމުގައި އިޖުތިހާދުވަނިވި ކަންތައްތަކާއި އަދި އިޖުތިހާދު ނުވަނިވި ކަންތަކަށް ކަމުގައެވެ.

އަދި (އިޖުމާޢުވެލެއްވީ) އިޖުތިހާދު ނުވަނިވި ކަންކަމުގައި ކުށްޖެހޭ މީހަކީ އެކަމުގައި ޢުޛުރު ނުވަނިވި މީހެއް ކަމެކެވެ. އަދިކިއެއްތަ، އެއީ އެހެންޏާ (އެކުށުގެ ސަބަބުން) ފާފަވެރިއެކެވެ. ނޫނީ ކާފަރެކެވެ.❝


— ޝެއިޚް ޙައްސާން ޙުސައިނުއް ޞޫމާލީ (ބަސްކޮޅު)

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

💎 ﴿ وَأَعِدُّوا لَهُمْ مَا اسْتَطَعْتُمْ مِنْ قُوَّةٍ وَمِنْ رِبَاطِ الْخَيْلِ ﴾ (އަދި އެމީހުންނާ ހަނގުރާމަކުރުމަށް ބާރާއި އަދި ޢަސްކަރީ އަސްތައް ބަނދެ، ކުޅަދާނަވީހާ ވަރަކަށް ކަލޭމެން (مؤمن ން) ތައްޔާރުކުރާށެވެ! )

”ބުނެވެއެވެ: ”ޢުރުވަތު ބުން މަސްޢޫދު ވެސް ޣައިލާން ބުން ސަލަމާ ވެސް، ހުނައިނުގައި އަދި ޠާއިފުގެ ޙިޞާރުގައިވެސް ބައިވެރިވެވަޑައިގެންފައި ނުވަނީ، އެދެބޭކަލުން ތިއްބެވީ، (ހަނގުރާމައިގެ އާލަތްތަކުގެ ތެރެއިން) ދައްބާބާ އާއި މަންޖަނީޤު އާއި ޟަބޫރު އުނގެނިވަޑައިގަތުމަށްޓަކައި (މިހާރުގެ އުރުދުންގައި އޮންނަ) ޖިރަޝުގައި ކަމަށްވާތީ އެވެ.

އަދި މިމަޢުލޫ ދަށުން ޢަސްކަރީ އާލަތްތަކުގެ އިތުރުން އޭގެ ހުނަރާއި ޢިލްމު އުނގެނުމުގެ ބާބު ވަދެއެވެ. އަދި އެތަކެތި ދިރާސާކޮށް ލިޔެ މަޖައްލާކުރުންވެސް މެއެވެ.

މުޙައްމަދު އައްސައްޔިދު ޙަސަން މުޙައްމަދު ވިދާޅުވިއެވެ:

”... ތަފާތު ޢިލްމީ މަޖައްލާތަކުގައި، ބަހުޘްތަކާއި ދިރާސާ ކުރުމުގެ ފަންނުގައިވާ ފިޔަ އަކީ އުއްމަތުގެ މައްޗަށް އެ އާލާތްކުރުން ޙައްޤުވެގެންވާ ފިޔައެކެވެ. އަދި އެބަލަހައްޓައި ރައްކައުތެރިކުރުންވެސް މެއެވެ. އެހެނީ މިއީ (ދުޝްމަނުންގެ) އަމާޒު އެއަކަށް އޮތް ފިޔައެކެވެ....

އަދި ﷲ ގެ މިބަސްވަޙީ ގެ މައްޗަށް އަހަރެމެން ޙައްޤުގޮތުގައި ކޮޅަށް ތެދުވުން ވަނީ މި(އެންމެހާ) ކަމަކުންނެވެ: ﴿ تُرْهِبُونَ بِهِ عَدُوَّ اللَّهِ وَعَدُوَّكُمْ وَآخَرِينَ مِنْ دُونِهِمْ لَا تَعْلَمُونَهُمُ اللَّهُ يَعْلَمُهُمْ ﴾ [الأنفال: 60] {އެކަމުގެ ސަބަބުން ﷲ ގެ عدوّ ންނާއި ކަލޭމެންގެ عدوّ ން ބިރުގެންނެވުމަށެވެ. އަދި މިމީހުން ފިޔަވައި އެހެންބަޔަކުވެސް ބިރުގެންނެވުމަށެވެ. އެބަޔަކު ކަލޭމެންނަކަށް ނޭނގެއެވެ. އެބަޔަކު ﷲ ދެނެވޮޑިގެންވެއެވެ.}

މިހެން ކަމުން މީގެ ކުރިޔަށް އާޔަތުގައި ވަޙީ ކުރެއްވީ: ﴿ وَأَعِدُّوا لَهُمْ مَا اسْتَطَعْتُمْ مِنْ قُوَّةٍ وَمِنْ رِبَاطِ الْخَيْلِ ﴾ [الأنفال: 60] {އަދި އެމީހުންނާ ހަނގުރާމަކުރުމަށް ބާރާއި (ހަތިޔާރުގެތެރެއިންނާއި) އަދި (ހަނގުރާމަމަތީ) އަސްބަނދެގެންނާއި މިހުރިހާ ގޮތަކުން ކުޅަދާނަވީހާ ވަރަކަށް ކަލޭމެން (مؤمن ން) ތައްޔާރުކުރާށެވެ! }

އެހެނީ މިއާޔަތުގައިވާ "القوة" (ބާރު) އަކީ ޢާންމު ލަފްޒެކެވެ. ވީމާ އޭގެ ދަށުން އެއަކުން ބާރު ލިއްބައިދޭ އެންމެހާ އެއްޗަކާއި ކަމެއް ދައުރުވެއެވެ. އޭގެ ބޭރުފުށުމާނަޔާއި މަޖާޒީކޮށްވެސް މެއެވެ.“

— މުޙައްމަދު އައްސައްޔިދު ޙަސަން މުޙައްމަދު (ބައްލަވާ)


📌 އަހަރެން ބުނަމެވެ: މި މައުލޫގެ ދަށުން ދިވެހިބަހުން އެކުލެވިފައިވާ މަދު ލިޔެކިޔުންތަކުގެ ތެރެއަށް، ސުން-ޒޫ ގެ ޢަސްކަރީ ފަންނުގެ ކްލެސިކް ފޮތް، (The Art of War) "ހަނގުރާމައިގެ ފަންނު" ދިވެހިބަހަށް ތަރުޖަމާކޮށް ޝާއިޢު ކުރުމުގައި މަސައްކަތް ކުރެއްވި އެންމެހާ އަޚުންނާއި އުޚްތުންނަށް ﷲ ހެޔޮޖަޒާލިޔުއްވައި އެއީ އެއަކުން، އެފަންނުގެ އަހުލުންނަށް ނަފާވަނިވި ފޮތެއް ކަމުގައި ލައްވާށިއެވެ.

~ ގަލަންދާނު

⬇️(ފޮތުގެ pdf)

Читать полностью…

Galandān ގަލަންދާނު

❞ ޢިލްމުވެރިން ވިދާޅުވެތެވެ: މަގުފުރެދުމާއި ހަވާނަފުސުގެ މީސްތަކުންގެ އާދަތަކުގެ ތެރޭ ވަނީ:

1. ޚާއްޞަ (ޙުކުމްތައް) ޢާންމު އެޗެއްގޮތުގައި ގެނައުމެވެ.
2. ޢާންމު (ޙުކުމްތައް)، ޚާއްޞައިގެ ގޮތުގައި ގެނައުމެވެ.
3. އަދި މުޢައްޔަން (ވަކި ތަރަހައެއްގައިވާ ޙުކުމްތައް) މުޠްލަޤު (ތަރަޙައެއްނެތް) އެއްޗެއްގޮތުގައި ގެނައުމެވެ.
4. އަދި ކަމަކާއި ވައްތަރުނޫން ކަމެއް އެއާއި އެއްގޮތް ކުޅައުމެވެ.
‏5. އަދި އަޞްލުގައި ޙުއްޖަތަކަށް ނުވާ ކަންކަން، ޙުއްޖަތްގޮތުގައި ބޭނުން ކުރުމެވެ. ❝


— ޝެއިޚް ޙައްސާން ޙުސައިނުއް ޞޫމާލީ (ބަސްކޮޅު)

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

🔺މިއީ ތެދުވެރި ނަޞޭޙަތްތެރިއެއްގެ ސިފަޖެހިގެންހުރި ޒިންދީޤެއް ހެއްޔެވެ؟

Читать полностью…

Galandān ގަލަންދާނު

🔴 އައްނަވަވީ އާއި އިބްނު ޙަޖަރު ގެ މައްސަލާގައި އިބްނު ބާޒުގެ ޤަޥްލު

ސ. ބަޔެއް ޢިލްމީ ދަރިވަރުން "އިމާމް އައްނަވަވީ" މިހެން ބުނުމުން ދުރުހެލިވެއެވެ. އެހެނީ އިމާމަކީ އެފަރާތަކަށް (ހުރިހާ ރޮނގަކުން) ތަބަޢަވެވޭ ފަރާތެއް ކަމުންނޭވެ؟

ޖ: ”(އިމާމެކޭ ބުނުމަކީ) މައްސަލައެއް ނޫނެވެ. އެކަލޭގެފާނު ފުށުގައި ކުށްހުއްޓެވެ. (ނަމަވެސް) އެކަލޭގެފާނަށް އިމާމެކޭ ކިޔޭނެއެވެ. އެއީ އެކަލޭގެފާނުގެ ޢިލްމާއި ފަޟުލާއި ފިޤުހުގައި އެކަލޭގެފާނަށް ތަބަޢަވެވޭތީއެވެ. އަދި އެކަލޭގެފާނު ފުށުގައި ކުށްތަކެއްވެއެވެ. އަހަރެމެންނާއި އެކަލޭގެފާނުގެ ފުށުން ﷲ ޢަފޫ ކުރައްވާށިއެވެ. އަދި ކުށްތަކެއް ނެތް އިމާމެއް މަދުން ނޫނީ ނުވެއެވެ. (كل بني آدم خطاء) "ކޮންމެ އާދަމުގެ ދަރިއަކީ ކުށްކުރާ މީހެކެވެ."

ސ: އިބްނު ޙަޖަރާއި އައްނަވަވީ އާއިމެދު، އެއީ އަޝްޢަރީންނޭ ބުނެވޭނެ ހެއްޔެވެ؟

ޖ: ”ނޫނެކެވެ. އެބޭކަލުންގެފުށުގައިވީ ބައެއް (ކުށް) ތައުވީލުތަކެވެ. އެއީ ސީދާ އަޝްޢަރީންނެއް ނޫނެވެ. އެކަލޭގެފާނުގެ ވަނީ ބައެއް ތައުވީލުތަކެވެ. އެބޭކަލުންގެ ވަނީ ބައެއް ކުށްތަކެވެ.“


— އިބްނު ބާޒު (ބަސްކޮޅު)

~ ގަލަންދާނު


ނޯޓް: ބަޔެއް ދޯހަޅިން ނަވަވީ އަށް އިމާމޭ ނުކިޔޭނޭ ކަމަށް އިބްނު ބާޒު ވިދާޅުވިޔޭ ބުނެ ގެންނަ ބަސްކޮޅުގެ ހަޤީޤީ މުރާދަކީ މިއީއެވެ. އެއީ ކިޔަވާ ދަރިވަރުންނަށް، އެހެން އެބުނެވެނީ މުޠުލަޤުކޮށް ނޫން ކަމުގައި ހޭވެރިކުރެވުމަށްޓަކައި ޢިލްމީ ޙަލަޤާއެއްގައި ގެންނެވި ތަފްސީލެކެވެ. އަދި ޢިލްމުވެރިންގެ ބައިކުޅަ އެއްބައި ބަސް ގެނެސް ދީން އޮޅުވާ ގިނަ މީހުން ގެންގުޅޭ އުސްލޫބަކީ މިއެވެ. އެއިން ތަންކޮޅެއް ދައްކައި އެއީ އަސާސު ކަމުގައި ހެދުމެވެ. އެހެން ނޫންނަމަ، އިބްނު ބާޒުގެ އެތައް ލިޔުމަކާއި ފޮތެއްގައި މި ދެ ޙާފިޡުންނަށް އިމާމޭ ވިދާޅުވެ ތަރައްޙުމް ކޮށްފައިވާއިރު، އެކަން ނުއެނގިއޮތްކަމަށް ހެދިގެން ތިބުމީ ޢަޖާއިބުވަނިވިކަމެކެވެ.

Читать полностью…

Galandān ގަލަންދާނު

އިބްނު ޙަޖަރުގެ ކުށްތަކުގެ ސަބަބުން އެއީ އަޝްޢަރީ އެކޭ ބުނުމާއި މެދު

❞ ޙަދީޘާއި ފިޤުހާއި އެނޫންވެސް ތަކެތީގައި އަލްޙާފިޡު އިބްނު ޙަޖަރުގެ ފޮތްތަކަށް މީސްތަކުން މިއަދުވަނީ ބަރޯސާވާންޖެހިފައެވެ. އެއީ އެކަލޭގެފާނު رحمه الله تعالى އަކީ، އަސްމާއު ވައްޞިފާތުގެ ބާބުގައި ގިނަގުނަ (ކުށް) ތައުވީލު ތަކެއް ހުރި ބޭފުޅެއް ކަމުގައި ވާހިނދުގައެވެ. އެހެންވިޔަސް އަލްޙާފިޡު އަކީ އަޝްޢަރީ އެއް ކަމުގައި އަހަރެން ނުދެކެމެވެ. ތެދެކެވެ. އިބްނުޙަޖަރު ފުށުގައި އަޝްޢަރީންނާއި އެއްގޮތްވާ ކުށްތައް ވެއެވެ. އެހެނަސް މީގެމާނައީ އޭނާގެ ރައުޔުތެރޭ  ކުށްޖެހޭ ކޮންމެ މީހަކީ އަޝްޢަރީންތެރޭ ލެވޭ މީހެކޭ ނޫނެވެ. އަހަރެމެން ބުނަނީ: އަލްއަސްމާއު ވައްޞިފާތުގެ ބާބުގައި އެއީ އަޝްޢަރީއެކޭ އެވެ. އެހެނަސް އެއީ ކަނޑައެޅިގެން އަޝްޢަރީއެކޭ ބުނުން، ޞައްޙައެއް ނޫނެވެ. އެހެނީ އެކަލޭގެފާނު رحمه الله تعالى އެތަކެއް ތަނެއްގައި އަޝްޢަރީންނަށް ރައްދު ދެއްވާފައި ވެއެވެ. އޭގެތެރޭ އާޙާދު ރިވާޔަތް ތަކުގެ ކަންތަކާއި، އަދި ވެސް (މިނޫން) އެތައް ގިނަ ނިންމެވުންތަކެއްގައި އަޝްޢަރީންނަށް ރައްދު ދެއްވިއެވެ. ވީމާއެކަލާގެފާނު رحمه الله تعالى އަކީ އެންމެހާ ނަޒަރަކުން އަޝްޢަރީއެއް ނޫނެވެ. 

އާއެކެވެ. އަލްއަސްމާއު ވައްޞިފާތުގެ ބާބުގައި އަޝްޢަރީންނާއި އެކަލޭގެފާނު އެއްބަސްވެފައި ވެއެވެ. އަހަރެމެން ބުނަނީ، އަލްއަސްމާއު ވައްޞިފާތުގެ ބާބުގައި އަޝްޢަރީއޭ..  ދެންފަހެ އެންމެހާ ވަޖުހަކުން އަޝްޢަރީއެކޭ ބުނުން ނުވަތަ (އެބީދާއިން) އަލްއިމާމު އައްނަވަވީ އަކީ އަޝްޢަރީއެކޭ ބުނުން، އެއީ އެންމެހާ ވަޖުހަކުން، މި ބުނުން ޞައްޙަ ނޫނެވެ.

ދެން މީގެ މައްޗަށް އެކަލޭގެފާނުގެ ފޮތްތަކުން ފައިދާލިބިގަނެގެން ނުވާނޭ ކަމަށް ކަނޑައެޅުން، މިއީ ޞައްޙަ ނޫން ބުނުމެކެވެ. އަލްޙާފިޡު އައްނަވަވީ ކުށްޖެހިފައިވަނީ ކިހިނެތްކަން އަހަރެމެންނަށް އެނގެއެވެ. އަދި ޢިއްޒު ބުނު ޢަބްދުއްސަލާމް ކުށްތައް ވަނީ ކިހިނެއްކަންވެސް މެއެވެ. އަދި ހަމަ އެފަދައިން އަލްޙާފިޡު އިބްނު ޙަޖަރުގެ ވެސް ކުށްތަކެވެ. އަދި މިއާއި އެކުވެސް މީސްތަކުންނަށް އިބްނު ޙަޖަރުގެ ފޮތްތަކުން ފައިދާލިއްބައިދިނުން ކެނޑިނުދެއެވެ. އެއީ އަހްލުއް ސުންނަތި ވަލްޖަމާޢަތި އާއި ޚިލާފު ބައެއް ތަކެތި އޭގައި ވާހިނދުގައެވެ.❝

— އައްޝެއިޚް އަލްމުޙައްދިޘް، ސުލައިމާނު ބުނު ނާޞިރަލް ޢަލްވާން

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

❞ މުސްލިމު އަންހެނާއަށް އެކަނބުލޭގެ މޫނާއި އަތްތިލަ ކަޝްފު ކުރުން، އައްނަވަވީ މަނައު ކުރެއްވިއެވެ. "އަލްމިންހާޖު" ގައި ޝާފިޢީންގެ އައްނަވަވީ ވިދާޅުވިއެވެ:

”އަދި ބާލިޣުވެފައިވާ ފިރިހެނާއަށް ބޮޑުވެފައިވާ މިނިވަން ހިލޭ އަންހެނާގެ އަޥްރައަށް ބެލުން ޙަރާމް ވެގެންވެއެވެ. ހަމައެފަދައިން އޭނާގެ މޫނާއި ދެއަތްތިލައަށްވެސްމެއެވެ. އެއީ ފިތުނައިގެ ބިރުވެރިކަން އޮންނަހިނދުގައެވެ. އަދި ޞައްޙައީ، އަމާން ކަމުގައިވެސްމެއޭ އެވެ.“— اهــ.

— އައްޠަރީފީ (ފޮތް: އަލްޙިޖާބު ފިއްޝަރްޢި ވަލްފިޠްރަތި)

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ:

”ﷲ އަށްޓަކައިވާ އަޚުވަންތަކަމުގެ މިޘާލަކި، އަތަކާއި ލޮލެއްގެ މިޘާލު ކަހަލައެވެ. އެ ލޯ ކަރުނައަޅާނަމަ، އަތުން އެކަރުނަ ފޮހެދެއެވެ. އަދި އަތުގައި ރިހޭ ހިނދު، ލޯ އެއަށްޓަކައި ކަރުނަ އޮހޮރައެވެ.“

" مثل الأخوة في الله كمثل اليد والعين ،فإذا دمعت العين مسحت اليد دمعها،وإذا تألمت اليد بكت العين لأجلها "

[مجموع الفتاوى (٢٠٣/٨)].


~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

••

استقلال الجهال وأنصاف المتعلمين بفهم الكتاب والسنة دون الرجوع إلى أقاويل الأئمة أقرب طريق إلى الانحراف.

”ޖާހިލުންނާއި ކުޑަ ޢިލްމެއްގެ މީހުން، އިމާމުންގެ ޤަޥްލުތަކަށް ރުޖޫޢަ ނުވެ މިނިވަންކަމުގައި ޤުރުއާނާއި ސުންނަތް ފަހުމްކުރަން އުޅުމީ، މަގުފުރެދުމަށް އޮތް އެންމެ ގާތް ގޮތެވެ.“


— ޝެއިޚް ސުލައިމާން އަލްޢަލްވާން (ބަސްކޮޅު)

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

Hypocrites sitback from righteous deeds, while seeking to be mentioned amongst its doers.

Al-Imām Aḥmad bin 'Alī Al-Maqrīzī (845 H.) said:

“Second type: He who has no sincerity or mutābi'ah [adherence to the Sunnah], and these are the worst of creation. They are the ones who adorn themselves with good deeds in order to impress the people. This type is common among those who get deviated from the straight path amongst who attribute themselves to fiqh (jurisprudence), knowledge, asceticism, and worship. They stumble upon innovations, misguidance, showing off, and winning praise (sum'ah), and likes to be praised for what they did not do.

Concerning these people, came down Allah ta'ālā's revelation:

{لَا تَحۡسَبَنَّ ٱلَّذِينَ يَفۡرَحُونَ بِمَآ أَتَواْ وَّيُحِبُّونَ أَن يُحۡمَدُواْ بِمَا لَمۡ يَفۡعَلُواْ فَلَا تَحۡسَبَنَّهُم بِمَفَازَةٍ مِّنَ ٱلۡعَذَابِۖ وَلَهُمۡ عَذَابٌ أَلِيمٌ}
{Do not let those who rejoice in their misdeeds and love to take credit for what they have not done think they will escape torment. They will suffer a painful punishment.}” — End of Quote.


💬Shaykh Sulaymān Al-'Alwān commented under it:

“In reality, these type of people are rare among the people of knowledge. That is because it is true that there might be among the people of knowledge those who have sincerity without adherence [to sunnah], or having adherence to it but with weakness in sincerity. Nevertheless those void of both, the sincerity and adherence are very few among those attributed to fiqh and knowledge, because knowledge leads them to sincerity and it leads them to being true with Allah جل وعلا. On the contrary, this is common among people of hypocrisy, and people of ignorance, and those who turn away from the message of the Prophets. Allah ta'ālā said:

يُرَآءُونَ ٱلنَّاسَ وَلَا يَذۡكُرُونَ ٱللَّهَ إِلَّا قَلِيلًا
{...they do it ...only to be seen by people, hardly remembering Allah at all.}

[As for the verse: {Do not let those who rejoice in their misdeeds and love to take credit for what they have not done think they will escape torment. They will suffer a painful punishment.}]

It was narrated in Al-Saḥīḥayn (i.e Al-Bukhārī and Muslim) details of the reason for the revelation of this verse. In both, through ibn Abī Maryam, who said: Muḥammad bin Ja'far reported to us: Zaid bin Aslam mentioned to me, from 'Atā' bin Yasār from Abū Sa'īd Al-Khudrī:

“During the lifetime of Allah's Messenger (ﷺ), some men among the hypocrites used to remain behind him (i.e. did not accompany him) when he went out for a Ghazwa and they would be pleased to stay at home behind Allah's Messenger (ﷺ) When Allah's Messenger (ﷺ) returned (from the battle) they would put forward (false) excuses and take oaths, wishing to be praised for what they had not done. So there was revealed: {Do not let those who rejoice in their misdeeds and love to take credit for what they have not done...} - the verse.

Also in both saḥīḥs is narrated the view of ibn 'Abbās رضي الله عنهما a different reason for the revelation of the verse, and in both reasons, these two matters are included: He doesn't have sincerity nor adherence, or falls behind from commitment (in work) and makes excuses with lies, and loves being praised for what he have not done. There for, there is no doubt that he will have a great share from this verse. And this characteristic is one of the characteristics of the hypocrites, whom Allah جل وعلا condemned in Sūrah Bara’ah (i.e. Sūrah 9, Al-Tawbah). ”


— Shaykh Sulaymān Al-'Alwān

Sharah of "Tajrīd Tawḥīd Al-Mufīd" by Imām Al-Maqrīzī (p 247- 248)

~ Galandān

Читать полностью…

Galandān ގަލަންދާނު

••

لا يصح غسل الجمعة إلا بنية، والصواب أن ابتداء وقت الغسل من طلوع الفجر الثاني ولو اغتسل عن جنابة ونواه عنه وعن الجمعة صح، بشرط أن ينويهما جميعًا.

❞ ނިޔަތާއި ނުލައި (ފެންވަރާލައިގެން) ހުކުރު ދުވަހުގެ ހިނެއިން ޞައްޙައެއް ނޫނެވެ. އަދި ރަނގަޅު ބުނުމަކީ އެހިނެއުމުގެ ވަޤުތު ފެށެނީ ދެވަނަ ފަޖުރު (ފަޖުރުއް ޞާދިޤު) ގެ އަލިކަން ފާޅުވުމުން ކަމެވެ. އަދި ޖުނުބުވެރިކަމުގެ ހިނެއިން ހިނައިގަންނަ ހިނދު، އެއަށް، އަދި ހުކުރުގެ ހިނެއުމަށް ނިޔަތް ގަނެއްޖެނަމަ، އެކަން ޞައްޙައެވެ. ޝަރުޠަކީ އެދޭއްޗަށް ނިޔަތް ލުމެވެ. ❝

އަލްޢަލްވާން
~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

ދެޞަޙީޙު ގައި ވެއެވެ: އިތުރުއެކަލޭގެފާނު صلى الله عليه وسلم ޙަދީޘް ކުރެއްވިޔޭ مَثَلُ الْمُؤْمِنِينَ فِي تَوَادِّهِمْ، وَتَرَاحُمِهِمْ، وَتَعَاطُفِهِمْ مَثَلُ الْجَسَدِ [الواحد] إِذَا اشْتَكَى مِنْهُ عُضْوٌ تَدَاعَى لَهُ سَائِرُ الْجَسَدِ بِالسَّهَرِ وَالْحُمَّى [متفق عليه] ”އެކަކު އަނެކަކުދެކެ ލޯބިވުމުގައްޔާއި އެކަކު އަނެކަކަށް ރަޙުމުކުރުމުގައްޔާ އަދި އެކަކު އަނެކަކަށް އޯގާތެރިވުމުގައި މުއުމިނުންގެ މިޘާލަކީ އެއްހަށިގަނޑެއްގެ މިޘާލެވެ. ހަށިގަނޑުން ގުނަވަނަކަށް އުނދަގުލެއް ކުރިމަތިވާ ހިނދު، ނިދިނަގާލައި ހުންއައިސް، މުޅި ހަށިގަނޑު އެކަމުގައި ބައިވެރިވެއެވެ.“ އަދިވެސް ދެޞަޙީޙުގައި ވެއެވެ: اَلْمُؤْمِنُ لِلْمُؤْمِنِ كَالْبُنْيَانِ يَشُدُّ بَعْضُهُ بَعْضًا
”އެއް މުއުމިނަކާއި އަނެއް މުއުމިނެއްގެ މިޘާލަކީ އެއްބައިން އަނެއްބަޔަށް ބާރުދޭ ޢިމާރާތެއްގެ ފަދައެވެ.“

އެހެނީ މުސްލިމުތަކުން މިއަދުވަނީ ތިޔަބައިމީހުންގެ މުދަލާއި ޞަދަޤާތަށް ނުހަނު ބޭނުންޖެހިފައެވެ. ހަމަކަށަވަރުން ޖިހާދެއްވެސް ރެސިސްޓެންސެއްވެސް މާލާއިނުލައި ދެމިނުއޮވެއެވެ. އެހެނީ ޖިހާދާއި ޙަޔާތުގެ މައިބަދައަކީ މާލެވެ. އަދި މުދަލުން ވެވޭ އެހީ އެތަކެއް ކަމެއް ތަމްޘީލުކުރެއެވެ: ފުރަތަމަކަމަކަށް: ޢަދުއްވާއި ކުރިމަތިލުމުގައި އެބޭނުން ކުރެވެއެވެ. ދެވަނަ ކަމަކަށް: އެވެރިންގެ ޢާއިލާތަކާއި އެވެރިންގެ ތައްޔާރީއަށް އެބޭނުން ކުރެވެއެވެ. އެހެނީ ނަބިއްޔު صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ: (من جهز غازيًا فقد غزا) "ހަނގުރާމަވެރިޔެއް ތައްޔާރުކޮށްފިމީހާ، ފަހެ ހަނގުރާމަ ކޮށްފިއެވެ." އަދި މިރިވާޔަތް ވަނީ ދެޞަޙީޙުގައެވެ.


⚪️ހަތަރުވަނަ ކަމަކީ: މީޑިއާގެ ޒަރީޢާއިން ކުރެވޭ ޖިހާދެވެ. އެއީ ކަންކަމުގެ ޙަޤީޤަތް އޭގެ އަޞްލާއި އެއްގޮތަށް ދައްކުވައިދިނުމެވެ. އަދި ފިތުނައިގެ ވަޤުތުތަކުގައި (އަވަހަށް ވިހަ ލުމަށް) މުއުމިނުންނަށް ބަލަބަލައި ތިބޭ މުނާފިޤުން މައްޗަށް އެއިން (މީޑިއާ ބޭނުންކޮށް) ވަކިހިއްޕައި ބަލިކޮށްލުމެވެ. އަދި މިސަބަބަށްޓަކައި ޙައްމާދު ބުނު ސަލަމާ ގެންނެވި ޙުމައިދު ގެންނެވި އަނަސްގެފާނުގެ ޙަދީޘުގައި ވެޔޭ، އިތުރުއެކަލޭގެފާނުން صلى الله عليه وسلم ޙަދީޘް ކުރެއްވިޔޭ: جاهدوا المشركين بأموالكم وأنفسكم وألسنتكم (ތިޔަބައިމީހުންގެ މުދަލުންނާއި ޖާނުންނާއި ދޫތަކުން، މުޝްރިކުންނާއި ދެކޮޅަށް ޖިހާދުކުރާށެވެ.)⁽¹⁾

(ޖިހާދުގައި މުދަލުގެ މުޙިއްމު ކަމާއިމެދު ދަންނައެ) ﷲ جل وعلا ވަނީ އެއިލާހުގެ ފޮތުގައި އެންމެ ދަނޑިވަޅެއް ނޫނީ އެހެން ހުރިހާ ތަނެއްގައި ނަފްސުން ކުރެވޭ ޖިހާދުގެ އިހަށް މުދަލުން ޖިހާދުކުރުން ގެންނަވާފައެވެ. (ތަފާތުވި) އެއެންމެ ދަނޑިވަޅަކީ: ﴿إِنَّ ٱللَّهَ ٱشۡتَرَىٰ مِنَ ٱلۡمُؤۡمِنِينَ أَنفُسَهُمۡ وَأَمۡوَٰلَهُم بِأَنَّ لَهُمُ ٱلۡجَنَّةَۚ﴾ (9:111) (ހަމަކަށަވަރުން މިއުމިނުންގެއަތުން އެބައިމީހުންގެ ނަފުސުތަކާއި މުދައުތައް، އެމީހުންނަށް ސުވަރުގެދެއްވާފައި ﷲ تعالى ބައްލަވައިގަނެފިއެވެ. (ގަންނަވައިފިއެވެ.)) މިއެވެ.

[ﷲ ވަޙީ ކުރެއްވިއެވެ]
﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ هَلۡ أَدُلُّكُمۡ عَلَىٰ تِجَٰرَةٍ تُنجِيكُم مِّنۡ عَذَابٍ أَلِيمٍ * تُؤۡمِنُونَ بِٱللَّهِ وَرَسُولِهِۦ وَتُجَٰهِدُونَ فِى سَبِيلِ ٱللَّهِ﴾ ( އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ. ވޭންދެނިވި عَذاب ން ތިޔަބައިމީހުން ސަލާމަތް ވާނޭ ވިޔަފާރިއަކަށް ތިމަން ރަސްކަލާނގެ ތިޔަބައިމީހުންނަށް މަގުދައްކައި، އިރުޝާދުދެއްވާ ހުށީމެވެ. އެ ވިޔަފާރީގެ رَأْسُالمَال އަކީ (ތިޔަބައިމީހުންގެ ފަރާތުން ދައްކާންޖެހޭ މުދަލަކީ) ތިޔަބައިމީހުން ﷲ އަށާއި، އެކަލާނގެ رَسُوْل އާއަށް إِيْمَان ވެ، އެ ދެފަރާތް ތެދުކުރުމާއި، ﷲ ގެ މަގުގައި ޖިހާދުކުރުމޭ...) އެބަހީ: بأموالكم وأنفسكم وألسنتكم (ތިޔަބައިމީހުންގެ މުދަލުންނާއި ޖާނުންނާއި ދޫތަކުން ޖިހާދުކުރުމެވެ.) =


--------------------
[1] ސުނަން އަބޫ ދާވޫދުގެ ޝަރަޙް "ޢަޥްން އަލްމަޢުބޫދު" ގައި ވެއެވެ: ”މިޙަދީޘަކީ ޖާނުން ޖިހާދު ކުރުަމުގެ މައްޗަށް އޮތް ދަލީލެކެވެ. އެއީ ނިކުމެ ސީދާ ކާފަރުންނާއި ކުރިމަތިލުމެވެ. އަދި މުދަލުން ޖިހާދު ކުރުަމުގެ މައްޗަށް އޮތް ދަލީލެކެވެ. އެއީ ޖިހާދާއި ހަތިޔާރާއި އެފަދަ އެންމެހާ އެއްޗަކަށް ހޭދަކުރުން ފަދަ، އެއަކުން އެވާޖިބު ކޮޅަށް ޖެހޭނޭ އެންމެހާ ކަމެއްގައެވެ. އަދި ދުލުން ޖިހާދު ކުރުަމުގެ މައްޗަށް އޮތް ދަލީލެކެވެ. އެއީ އެއުރެން މައްޗަށް ޙުއްޖަތް ޤާއިމުކުރުމާއި، ﷲ تعالى ގެ މަގަށް އެއުރެންނަށް ދަޢުވަތު ދިނުމާއި، އެއްޗެހިގޮވުމާއި މިފަދަ އެއަކުން ޢަދުއްވުންގެ ނިމުން ގެނުވޭނޭ އެންމެހާ ކަމެކެވެ. {وَلَا يَنَالُونَ مِنۡ عَدُوٍّ نَّيۡلًا إِلَّا كُتِبَ لَهُم بِهِۦ عَمَلٌ صَٰلِحٌۚ} [9:120] (...އަދި ޢަދުއްވަކަށް އެވެރިންދޭ ކޮންމެ ގެއްލުމެއްވިޔަސް، އެއިން ކޮންމެ ކަމަކީ އެވެރިންނަށް ޞާލިޙު ޢަމަލެއް ކަމުގައި ލިޔެވިގެންމެނުވީ ނުވާ އެއްޗެކެވެ.) —اهــ.

Читать полностью…
Subscribe to a channel