✅ ﷲ ވޮޑިގެންވަނީ އަރުށި ކޮޅުގައެވެ. އެއީ އެންމެހާ އުޑުތަކަށް ވުރެ މަތީގައެވެ. ޚަލްޤުތަކުންނާއި ވަކީންނެވެ.
❞ އަދި ”އައްރައްދި ޢަލަލް ޖަހްމިއްޔަތި“ އޭ ކިޔުނު ފޮތުގައި، އިބްނު އަބީ ޙާތިމް ރިވާކުރެއްވިޔޭ، ސަޢީދު ބުނު ޢާމިރުއް ޟުބަޢީ ގެ އަރިހުން، އަދި މިކަލޭގެފާނީ ޢިލްމާއި ދީނުގައި ބަޞްރާގެ މީސްތަކުންގެ އިމާމެވެ. އިމާމް އަޙްމަދުގެ ޝެއިޚުންތެރެއިން ބޭކަލެކެވެ. އެކަލޭގެފާނުގެ ގާތުގައި ޖަހުމީންނާއި ބެނޭ ގޮތުން ވާހަކަދެކެވުމުން، ވިދާޅުވިޔޭ: ”ޔަހޫދީންނާއި ނަޞާރާއިންނަށް ވުރެ، އެބައިމީހުންގެ ޤަޥްލު ނުބައިވެގެން ވެއެވެ. ފަހެ ﷲ ވޮޑިގެންވަނީ ޢަރުޝީގައި ކަމަށް، ޔަހޫދީންނާއި ނަޞާރާއިންނާއި (ބާއްވައިލެއްވުނު) ދީންތަކުގެ މީސްތަކުން ވަނީ މުސްލިމުންނާއި އެކު އެއްބަސް ވެފައެވެ. އެހެނަސް މިވެރިން (ޖަހުމީން) ބުނަނީ: ޢަރުޝިޔަކު ވޮޑިގެން ނުވެޔޭ އެވެ.“
އިމާމުންގެ އިމާމު، މުޙައްމަދު ބުނު އިސްޙާޤު ބުނު ޚުޒައިމާ ވިދާޅުވިއެވެ: ”ﷲ ވޮޑިގެންވަނީ އުޑުތަކުގެ މަތީގައި، އެއިލާހުގެ ޢަރުޝިކޮޅުގައި، ޚަލްޤުތަކުންނާއި ވަކިން ކަމުގައި ނުބުނެއްޖެ މީހާ، ތަޥްބާ ލައިދޭން ޖެހޭނެއެވެ. އެހެންޏާ ތަޥްބާވުމެވެ. ނުވެއްޖެނަމަ، އޭނާގެ ކަރުކަނޑާލައި، ވަނީ ކުނިގޮޑަށް އެއްލާލުމެވެ. އެއީ އޭނާގެ ކުނިވަހުން ޤިބުލައިގެ އަހުލުންނާއި ޒިއްމީންނަށް ދުއްތުރައެއް ނުވުމަށެވެ.“ މިބަސްކޮޅު އެކަލޭގެފާނުގެ އަރިހުން ނަޤުލު ކުރެއްވީ، އަލްޙާކިމް، ޞައްޙަ ސަނަދަކުންނެވެ. ❝
— ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ (މަޖްމޫޢުލް ފަތާވާ 5/35)
~ ގަލަންދާނު
⏺ ❝ All those who adhere to the Qiblah are in agreement that a person does not become a Muslim, until he disbelieves in Ṭāghūt. This principle — I mean, the condition of disbelief in the Ṭāghūt in order to enter into Islam — is without disagreement to us, even by the people of innovation such as the Murjiʿah, the Khārijites, the Mutakallimīn and others. Where the dispute and disagreement occurred is only with regards to specific people and individuals, whether that individual is within the general category of the Ṭāghūt or outside of it. So they persisted in that (in opposition to Truth) and branched out into misguidance and innovation, and were not guided to the path of truth. ❞
—Shaykh Aḥmad bin Ḥamūd Al-Khālidī
From his book: “Exposition And Clarification In The Ruling On One Who Doubts Or Come To Halt, With Regard To Kufr Of Some Of The Ṭawāghīt And Apostates”
~ Galandān
ސިލްސިލާ: ފައިދާއެއް (22) : އަމިއްލަ ނަފުސަށް ލޯބިކުރާއެއްޗެއް އެމީހެއްގެ އަޚާއަށް އެދުން
~ ގަލަންދާނު
②
އަދި ދެ ޞަޙީޙު ގައި ވެއޭ، ނަބިއްޔު ﷺ ޢައިޝަތުގެފާނަށް ޙަދީޘް ކުރެއްވިޔޭ: (އޭ ޢާއިޝާ އެވެ. އޭގައި (އެބަހީ ޤުރުއާނުގައިވާ) މުތަޝާބިހު ތަކެތީގައި ހިފައިގެން އުޅޭ މީހުން ކަމަނާއަށް ފެނިއްޖެނަމަ ދަންނައެ، ޙިމާޔަތްތެރިވެ ހުންނާށެވެ.) ވީމާ ނަބިއްޔު ﷺ އެކަމަނާ ހުށިޔާރު ކުރެއްވީ ޤަޥްލުތަކުން މުތަޝާބިހު ތަކެއްޗަށް ތަބަޢަވާ މީހުންނާއި މެދުގައެވެ. (ޙަދީޘް ކުރެއްވީ) ”އެހެނީ އެވެރިންނީ ﷲ އެންގެވި މީހުންނެވެ.“ އެބަހީ: ﷲ جل وعلا މިހެން ވަޙީ ކުރެއްވި މީހުންނޭ: ﴿فأما الذين في قلوبهم زيغ فيتبعون ما تشابه منه ابتغاء الفتنة وابتغاء تأويله وما يعلم تأويله إلا الله والراسخون في العلم﴾ (. ފަހެ ތިމާމެންގެ ހިތްތަކުގައި حقّ އާއި ދުރަށް ލެނބުންވާމީހުން ތިމާއެދޭގޮތަކަށް وحي އާއި ކުޅެން އެދޭމީހުން ދަންނައެވެ! ފަހެ އެމީހުން تَبَعَ ވަނީ އެ قرآن ގައިވާ مُتشابه އާޔަތްތަކަށެވެ. އޮޅުވާލާ ވާވައްދާލަން އެދިގެންނެވެ. އަދި ނުބައި فَاسِدُ تَأْوِيْلُ ކޮށް تفسير ކުރަންވެގެންނެވެ. އަދި އޭގެ تفسير އާއި مراد ހަމައެކަނި ﷲ އަށްމެނުވީ އެނގިގެން ނުވެއެވެ. އަދި علم ގައި އަޑިޔަށް ފައިބައިފައިވާ ސާބިތު ބޮޑެތި عَالِمُ ންވެސް ވިދާޅުވާނީ...) މިއާޔަތުގެ ނިޔަލާށް.
އަދި ފަށައިގަންނަ ދަރިވަރަށްވަނީ، އެމީހެއްގެ ޒުހުދުވެރިކަމާއި، ދީނާއި، ވަރަޢަވެރިކަމާއި، ޢިލްމުވެރިކަމަށް، އެނގިފާޅުވެފައިވާ ޢިލްމިވެރިޔެއް އަތުޖެހޭހިނދު، އޭނާ ފުށުން ދަރިވަރުވެ އޭނާގެ އުނގަންނައިދިނުމުގައި އާރުލައި ހިފަހެއްޓުމެވެ. އަދި އެނޫން މީހަކަށް އެޙާލަތުގައި އޭނާއަކަށް ބޭނުމެއް ނުވާނެއެވެ. އަދި ﷲ جل وعلا އާއި ތިމާއާއި ދެމެދުގައި (ޢިލްމު ހޯދުމުގެ ސަނަދުގައި) މިޢިލްމުވެރިޔާ ބަހައްޓާނީއެވެ. އެގޮތުން ތިމާގެ ރާސްތާ ސީދާވެ، ސުލޫކާއި ތަބަޢަވުން ސަލާމަތްތެރި ވުމާއި ހަމަޔަށް އޭނާކުރެން ފައިދާލިބިގަނެ އުނގެނޭނީއެވެ. އަދި ބައެއް ޢިލްމުތަކުގައި މާހިރެއް ކަމުގައި ބިދުޢަވެރި ޢިލްމުވެރި ވިޔަސް، މިޙާލަތު އެދަރިވަތަށް އޭނާގެ ބޭނުމެއް ނުވެއެވެ. މިއީ އޭނާއަށް ބޭނުންވާ އެންމެހާ ޢިލްމުތަކުގައި އެރަނގަޅު ޢިލްމުވެރިޔާ ފުށުން (ޢާންމުގޮތެއްގައި) ލާބަ ފޯރާހާ ހިނދަކުއެވެ.
އަދި ދަރިވަރަކީ ކާކުން އަންގައިދެނީ އޭނާގެ ޝެއިޚުގެ ނަމުންނެވެ. އަދި ބިދުޢަވެރިންގެ ގޭގެ ދޮރުދޮށުން ގިނަގިނައިން ފެންނަ ދަރިވަރަށް، ސަލާފުންގެ އިމާމުން އޭނާ އާއިމެދު ބިރުގަންނަވައެވެ. އެހެނީ އެވެރިންގެ ބިދުޢައާއި މަގުފުރެދުމުން ސަލާމަތް ނުވެދާނެތީއެވެ. އަދި އިހުގެ ޢިލްމުވެރިން އެވެރިންނަށް ދަރިވަރު ދެނެގަންނަނީ އެދަރިވަރުގެ ޝެއިޚެއްގެ ނަމުންނެވެ. އަދިކިއެއްތަ؟ މިޒަމާނުގައިވެސް ދަރިވަރަކީ ކޮންކޮން މަދަރުސާއަކުންކަން ދަސްވެނިންމާފައިވާ މީހެއް ކަލޭމެންނަށް ދެނެގަނެވިދާނެއެވެ. އެއީ އޭނާ ސުވާލުކުރާ ގޮތުގެ ވައްޓަފާޅިއަަށް ބެއްޔަސް ނޫނީ ބަސްތައް ބޭނުން ކުރާ ގޮތުގެ ވައްޓަފާޅިއަަށް ބެއްޔަސް ނޫނީ އޭނާގެ މަސައްކަތުގެ ވައްޓަފާޅިއަަށް ބެއްޔަސް ނޫނީ އުޅުމަށް ނޫނީ ސުލޫކުގެ ވައްޓަފާޅިއަަށް ބެއްޔަސް އެވެ. އެހެނީ ކޮންމެ ގޮތެއްވިޔަސް އުނގަންނައިދޭ ފަރާތުގެ އަޘަރުފޯރާތީއެވެ.
=
🎤 ޢީދެކެވެ. ޢަޒުމާއި އުއްމީދެކެވެ.
مهما تطول السجون ••• مهــــــما بنا يمكـــرون
ހައްޔަރު ކިތައްމެ ދިގުދެއްމިޔަސް
ރޭވުންތައް ކިތައްމެ ރޭވިޔަސް
أبداً لـــــــن نهـــــون ••• قســماً لـــــن نهــــون
ދުވަހަކުވެސް ބަލިކަށި ނުމެވާނަން
ހުވަޔޭ ނުވާނަން ދެރަ
ابكي دماً يا عيــــــون ••• لي اخوة في السجون
ލޭ ކަރުނައަޅަމު އޭމަގޭ ލޮލާ
އަހަރެންގެ އަޚުން ވެއްޖޭ ޖަލު
اذاهم المجرمـــــون ••• عاداهم المعــــــــتدون
ދުއްތުރާ ދެޔޭ މުޖުރިމުން
ޢުދުވާން ވެޔޭ ނަފުރަތީން
كبلـــــونا بالحـــــديد ••• قيــــدونا لــــن نحــــيد
ކަސްތޮޅުން ބަނޭ އަހަރެމެން
ތަޅުލިޔޭ ވިޔަސް ދެމިތިބީން
~ ގަލަންދާނު
⚠️ ޢީދު ނަމާދުގައި، ހަށަންބަންތަކުބީރަށް ފަހު ކިޔޭ އިތުރު ތަކްބީރު ތަކުގައި އަތްނެގުމަކީ ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅެވެ.
☝️ ބައެއް މީހުން މިތަކްބީރުތައް ކިޔުމަށް މުޅިއަތް ތިރިކޮށްލައެވެ. މިއީ ކުށެކެވެ.
✅ ރަނގަޅުގޮތަކީ ހަށަންބަނދެފައިވާ ހިސާބުން އަނެއްކާވެސް އަތް އުފުލައި ދެން ހަށަން ބަނުމެވެ.
~ ގަލަންދާނު
🛡 ❞ ޙައްޤުގެ އަހުލުން، އަދި ޢިލްމާއި ދީނާއި ﷲ ގެ މަގަށް ދަޢުވަތު ދިނުމުގެ ބުރަ އުފުލާފައިވާ މީހުންނީ، އެބައެއްގެ އަސާސްތަކަށް ދޫނުދޭ ބަޔެކެވެ. އަދި އެވެރިން ގެ ދީން އޮއިވަރުތަކަށް ދޫވުމަށް ނުޤަބޫލު ބަޔެކެވެ. ކެތްތެރިވެ ކެތްގަދަކަމާއި އެކު ދެކޮޅުވެރީންގެ ދުއްތުރާތައް ތަޙައްމަލު ކުރާބަޔެކެވެ. ފިކުރީ ގޮތުންނާއި، ޢަޤީދާ އާއި ސިޔާސީގޮތުން އަންނަ ކަސިޔާރުކަމަށް އެވެރިން ކުރިމަތިލަނީ ނުލާހިކު ވަރުގަދަ ޢަޒުމާއި ޘާބިތުކަމާއި އެކުގައެވެ. ދަންނައެ، މިދީން އޮއިވަރުތަކަށް ދެމޭ މީހުންގެ އަތްމައްޗަކަށް، ޤާއިމެއް ނުވެއެވެ. އަދި އުއްމީދެއް ނެތް ބަޔެއްގެ ފުށުން އެއަށް، ކާމިޔާބީއެއްވެސް ނުވެއެވެ. ❝
— ޝެއިޚް ސުލައިމާން އަލްޢަލްވާން ( الجواهر الحسان)
~ ގަލަންދާނު
🔻 މިއީ ބޮޑުވެގެންވާ ނިޢުމަތަކަށް ވެވޭ ޝުކުރެކެވެ.
އީމާން ކަން ބަލިކަށި ބައެއް މީހުން، ޢީދުގައި އުފާ ކުރަނީ ރަމަޟާން މަސް ނިމި އޭގައި ކުރެވޭ އަޅުކަން އަވަދިވީތީއެވެ. އެއީ އެއަކީ އެވެރިން ބުރަކަށިމައްޗަށް ލެވުނު ބުރައެއް ފަދައިންނެވެ. މިބައިމީހުން ވަނީ ބޮޑުވެގެންވާ ނުރައްކަލެއްގެ ތެރޭގައެވެ. ފަހެ މުއުމިނުތަކުން ޢީދުގައި އުފައު ކުރަނީ، ﷲ تعالى އެވެރިންނަށް އެމަސް ފުރިހަމަ ކުރުމުގެ ތައުފީޤު ދެއްވީތީއެވެ. އަދި ރޯދަތައް ފުރިހަމަ ކުރެވުނީތީއެވެ. އެހެންކަމުން ﷲ އަށް މި ނިޢްމަތަށްޓަކައި ޝުކުރުވެރި ވެއެވެ.
— އައްތަޛްކިރާ
~ ގަލަންދާނު
🔻🔻
ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވިއެވެ: ❞ހަމަކަށަވަރުން ސަލަފުން ވިދާޅުވެފައި ވަނީ: ”މުދަލެއްގެ ޒަކާތް، ބޮޑަށް ޙައްޤުވެގެން ވަނީ އެމުދަލުގެ އަވަށްޓެރިޔާއަށޭ“ އެވެ. އަދި ވެރިކަން ކުރާ ރަށަށާއި އެނޫން ތަންތަނަށް އެ ފޮނުވުމަށް، ސަލަފުން ނުރުއްސަވަތެވެ. މިއީ ކޮންމެ އަވަށަކުން ނެރެވޭ ޒަކާތަކުން، އެއަވަށަކަށް ފުދިފައި ވުމަށްޓަކައެވެ... މިއާއިއެކުވެސް، ޒަކާތާއި އޭގެ ޙުކުމުގެ ތަރަހައިގައި ހިމެނޭ ތަކެތި، ޝަރުޢީ މަޞްލަޙަތަކަށްޓަކައި އެހެންތަނަކަށް ގެންދިޔުން ހުއްދަވެގެން ވެއެވެ. ❝ — "الفتاوى الكبرى" (5/ 370)
* އިތުރަށް ކިޔާލުމަށް (ލިންކް)
~ ގަލަންދާނު
⚠️Supplication for Completing the Qur’ān
❝ It has three modes:
❌The First: Inclusion Of It In The Obligatory Prayer
This act is not legislated, rather it is a reprehensible innovation (bid'ah), and is a clear violation of the Sunnah. This is because this did not occur from the Messenger ﷺ nor from his companions, رضي الله عنهم, (and) the Rightly Guided Caliphs and other than them. I do not know of anyone amongst the Salaf (the righteous predecessors) and the people of knowledge, who prescribed it.
❌The Second: Inclusion Of It In The Supererogatory (Nafl) Prayer; From It, Is The Night Prayer.
Nothing has been proven in this from the authentic Sunnah.
And despite their frequent reading, nothing is proven from any of the Companions — along with an authentic chain (of transmission) — that they supplicated in the prayer, due to the completion of Qur’ān.
⚠️The Third: Inclusion Of It Outside The Prayer.
Its ruling is the same as the aforementioned, and is not legislated as well. Because it is an act without proof ⁽¹⁾, and (as understood) 'ibādāt (acts of worship) are solely based on al-tawqīf (it being revealed and proven from authentic texts). As for this matter (i.e. reading this in other than the prayer), it is lighter (in its abomination) than who does this inside the prayers. ❞
— Al-Shaykh Al-Muḥaddith ʿAbdullah Al-Saʿd (quote)
~ Galandān
------------------
[1] As for the narration that Anas made duʿā along with his family —and this is only narrated from a single companion — Shaykh ʿAbdullah Al-Saʿd stated that what is more correct is that “he invited them (yad‘ū)” —for the completion of the Qurʾān — and not the addition: “and made duʿā with them”. He then said: Someone might say what is the purpose of inviting? This is hoping (to gain the blessings) in the descend of Allah's mercy, that is due to the completion of the book of Allah.”
🔗ޒަކާތާއި ބެހޭ ބައެއް ފިޤުހު
➊ (ހ) ފިޠުރު ޒަކާތުގެ މިންވަރަކީ ޞާޢު އެވެ. (ށ) އަދި އެއީ އެތަނެއްގެ ޢާންމު ކާނާއިންނެވެ. (ނ) އަދި އެކަމުގެ ވާޖިބުކަން ކޮންމެ މުސްލިމަކަށް ވެއެވެ. [ކިޔާލުމަށް]
➋ އަސީރުން ފިތުރު ޒަކާތް ނެރެން ޖެހުމާއި މެދު، ޚުލާސާ [ކިޔާލުމަށް]
➌ ފިޠުރު ޒަކާތް ދޭން ޖެހެނީ ކޮން ބަޔަކަށް؟ [ކިޔާލުމަށް]
➍ ޒަކާތް ދިނުން ވަނީ މުއުމިނުންނަށެވެ. [ކިޔާލުމަށް]
➎ ފިޠުރު ޒަކާތް ނެރުން ވަނީ އެމީހެއް ރޯދަމަސް ނިންމާ ބިމެއްގައެވެ. [ކިޔާލުމަށް]
➏ ފިޠުރު ޒަކާތް އަމިއްލަޔަށް ބެހުން މޮޅުއިތުރެވެ. [ކިޔާލުމަށް]
➐ ގާތްތިމާގެ މީހުންނަށް ޒަކާތް ހޭދަކުރުން [ކިޔާލުމަށް]
➑ މިކަމުގެ މައްޗަށް: ފައިދާއެއް [ކިޔާލުމަށް]
➒ ފިޠުރު ޒަކާތް ނެރުމަށް އެންމެ ފަހު ވަޤުތަކީ ކޮބާ؟ [ކިޔާލުމަށް]
➓ ފިޠުރު ޒަކާތް ކިހާ ދުވަހެއް ކުރިން ނެރެވިދާނެ ހެއްޔެވެ؟ [ކިޔާލުމަށް]
⓫ ޚުލާޞާ: ފައިސާއިން ފިޠިރު ޒަކާތް ނެރުން [ކިޔާލުމަށް]
⓬ ޞައްޙަ އާއި ބާޠިލާއި ދެމެދު: އެހެން މީހަކަށްޓަކައި ޒަކާތް ނެރެދިނުން [ކިޔާލުމަށް]
⓭ "ޞާޢު ޘާބިތެވެ. މިންވަރުގައި ޚިލާފެވެ. އަދި އަރައިރުން ވުމީ ޖަހާލަތެވެ." [ކިޔާލުމަށް]
~ ގަލަންދާނު
❞ ނަބިއްޔު ﷺ ޙަދީޘްކުރެއްވިއެވެ.
«لاَ تَقُومُ السَّاعَةُ حَتَّى يُقْبَضَ الْعِلْمُ، وَتَكْثُرَ الزَّلاَزِلُ، وَيَتَقَارَبَ الزَّمَانُ، وَتَظْهَرَ الْفِتَنُ، وَيَكْثُرَ الْهَرْجُ ـ وَهْوَ الْقَتْلُ الْقَتْلُ ـ حَتَّى يَكْثُرَ فِيكُمُ الْمَالُ فَيَفِيضُ»
”ޢިލްމު ނެންގެވި، ބިންހެލުންތައް ގިނަގުނަވެ، ވަޤުތު އަވަސްވެ، ފިތުނަ ފާޅުވެ، ހަރަޖް އިތުރުވެ — އަދި އެއީ ޤަތުލާއި ލޭއޮހުރުމޭ — އަދި ކަލޭމެންގެ ތެރޭ މުދައު ގިނަވެ އުތުރިއެރުމާއި ހަމަޔަށް، ޤިޔާމަތް ވުން ނުވެއެވެ.“ ⁽¹⁾
”يتقارب الزمان“ ވަޤުތުއަވަސް ވުމޭ (ލަފްޒީ ގޮތުން: ޒަމާން ކައިރިވުމޭ) އޮތް ޤަޥްލާއިމެދު ދަންނައެ،
އޭގެ މާނައިގައި ގިނަ ޤަޥްލުތަކެއް ވެއެވެ. އޭގެ ތެރޭގައި: ބުނެވެއެވެ: ބަރަކާތް ގެއްލިދެޔޭ އެވެ. އެހެންކަމުން ރެޔާއި ދުވާލު އަވަސް އަވަހަށް ފާއިތުވެއެވެ. އަދި ހަފްތާތަކާއި މަސްތަކާއި އަހަރުތައްވެސް މެއެވެ.
ވީމާ ހެޔޮހޯދުމަށް (ތާއަބަދު) ހުޝިޔާރުވެ ތިބޭށެވެ. ❝
— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)
~ ގަލަންދާނު
-------------------
[1] އަބޫ ހުރައިރާ ގެ އަރިހުން، އަލްބުޚާރީ އެކަލޭގެފާނުގެ ޞަޙީޙު 1036 ގައި.
ސިލްސިލާ: ފައިދާއެއް (26) : ޝަހާދަތް ކިޔައިފި މީހެއްގެ ލޭ ހުއްދަވާ ޙާލަތްތައް ~ ގަލަންދާނު
Читать полностью…🔗 The Misconception That Taḥākum To The Ṭāghūt (or any Kufr) Is Permissible In A Case Of Necessity [Link]
~ Galandān
❌ ހަށަން ބަނުމުގައި ސަލަފުންނާއި ޚިލާފު ވައްޓަފާޅިއެއް
❞ (ނަމާދުގެ މައްސަލާގައި) މިފަހުން ބަޔެއް މީހުން ގެނެސްގެން އުޅޭ، އެޔަކަށް ސަލަފެއް ފުށުން އަޞްލެއް އައިސްފައިނުވާ ބަޔެއް ކަންކަން އެބަހުއްޓެވެ. އޭގެ ތެރޭގައި ލަގޮނޑި ދޮށުގައި ހަށަން ބަނުން ހިމެނެއެވެ. އެއީ މިޒަމާނުގެ ވަރަށްގިނަ ޒުވާނުން ކަންތައް ކުރާފަދައިންނެވެ. މިއީ ވަރަށް ހުތުރުކަން ބޮޑު އަދި ﷲ ގެ ދީނުގައި ހައްދުން ބޭރުވުމެކެވެ. އެހެނީ ސަލަފުން ވިދާޅުވީ، ދެއަތް މޭމަތީ ބޭއްވުމަށެވެ. އަދި އޭގެތެރޭގައި ފޫޅުމަތީ ބޭއްވުމަށް ވިދާޅުވި ބޭކަލުންވެސް ވިއެވެ. އަދި ފޫޅުންް ތިރީގައި ބޭއްވުމަށް ވިދާޅުވި ބޭކަލުންވެސް ވެއެވެ. އެހެނަސް އޭގެތެރެއިން ލަގޮނޑި ދޮށުގައި އަތް އެޅުމަށް ވިދާޅުވި ބޭކަލެއް ނުވެއެވެ. އަދި ޢިލްމުވެރިންގެ މަޛުހަބުތަކުން އެންމެ ޞައްޙަކަމާއި ގާތީ މޭމަތީ އަތް ބަނުމެވެ.⁽¹⁾ އެއީ މުޙައްދިޘުން ދެކިލެއްވިގޮތެވެ. ❝
~ އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން (ބަސްކޮޅު)
— ގަލަންދާނު
-------------------
[1] އޭގައި ސުންނަތް ޖަގަހައެއް ޘާބިތުވެފައި ނެތެވެ. އަދި ޚިލާފުއޮތީ ސަލަފުންގެ މަޛުހަބުތަކުން އެންމެ މޮޅުއިތުރު ގޮތާއި މެދުގައެވެ. އިތުރަށް ތަފްޞީލް، ”ހަށަން ބަނުމުގެ ޖަގަހައާއި މެދު، ޢަދުލުވެރި ބަޙުޘެއް“ އަދު ޕޯސްޓަރ: ހަށަންބަނުމުގެ ޞައްޙަ ޞިފަތައް.
③
ދަރިވަރަކަށް އެމީހެއްގެ ގާތުން އުނގެނޭނެ ފަރާތެއް ނުވިޔަސް، ޢަޤީދާ އުނގެނުން ވަނީ އެމީހެއްގެ ދީނަށް އިތުބާރުހުރި މީހެއް ފުށުން އެކަންޏެވެ. އަދި އެނޫން ޢިލްމުތައް، މަންހަޖު ގައި ޚިލާފުވާ ނޫނީ ކޮންމެވެސް ބިދުޢައެއް ހުރި މީހެއް ފުށުން، އެބިދުޢަވެރިޔާގެ ބިދުޢައާއި ސީދާ ގުޅުމެއް ނުވާ ޢިލްމުތައް: މިޘާލަކަށް، ފިޤުހު ނުވަތަ ފަރުޟުތަކުގެ ޢިލްމު، ނުވަތަ ޢަރަބި ބަހުގެ ޢިލްމު ، ނުވަތަ އުޞޫލް ފިޤުހު، ނުވަތަ ޤަވާޢިދުލް ފިޤުހު އަދި މިނޫންވެސް މިޒާތުގެ ޢިލްމު ނެގެވޭނެއެވެ. އެހެނަސް މިއީ އޭނާ އަކީ އެބިދުޢަޔަށް ދައުވަތުދޭ މީހެއް ކަމުގައި ނުވާހާ ހިނދަކުއެވެ. (އެބަހީ، އެހެން ޢިލްމެއް ޙާޞިލުކުރަން ދާއިރުވެސް އޭނާގެ ފުށުގައިވާ ބިދުޢަ ފަތުރަން ނޫޅުމެވެ.)
އަދި ފަށައިގަންނަ ދަރިވަރަކަށް މިލުއި މިދެވެނީ، އެނޫން ފަރާތެއް (ޢިލްމު ހޯދަން) ނުލިބިއްޖެ ހިނދެއްގައި އެކަންޏެވެ. (އަދި މިބުނެވުނު ޝަރުޠުތަކުގެ މަތީންނެވެ.) އެހެނަސް އެހެން ފަރާތެއް ހުރެއްޖެ ނަމަ، މިލުއީގައި އޭނާ ހިފުމުގެ ބޭނުމެއް ނެތެވެ. އެގޮތުން އެނޫން އަދި ސަލާމަތްތެރި ޢަޤީދާގައިވާ ފަރާތެއް ފުށުން އޭނާ ޢިލްމު ލިބިގަނެ ފޮތްތަކުން ބަލައިހޯދައި މަންފާ ޙާޞިލް ކުރާނީއެވެ.
މިއާއި އެކުވެސް، މިޒަމާނުގެ ބިދުޢަވެރިންގެ ޙާލަތް މާޒީ އާއި ތަފާތެވެ. ކުރީގައި، އެކަމެއްގެ ޙާލަތުގައި މެނުވީ ބިދުޢަވެރިޔާ އޭނާގެ ބިދުޢަ ބަޔާން ނުކުރެއެވެ. އެހެނަސް މިހާރު އެހެންނަކުންނެއް ނޫނެވެ. އަދިކިއެއްތަ، އޭގެ ޙާލަތުގައި އާއި އެނޫން ޙާލަތުގައިވެސް އެބަޔާންކޮށް ހަދައެވެ. އެހެނީ އޭނާ ބޭނުންވަނީ އޭނާގެ އެ ބިދުޢަތައް އޭނާގެ އެޢަޤީދާ އަދި އޭގައިވާއެއްޗެއް ފާޅުކޮށް ދެއްކުމެވެ. އެއީ ފިޤުހީ ކަންކަމުގެ ތެރޭގައި އާއި މުޞްޠަލަޙު (އެކިޢިލްމުތަކުގައި ބޭނުންކުރެވޭ ބަސްކޮށާރައިގެ ޢިލްމު) އާއި އެނޫން ކަންތަކުގައެވެ. ވަކިބަޔަކަށް ނިސްބަތްވެދާނެތީ ނުވަތަ ތުހުމަތު ކުރެވިދާނެތީ ނުވަތަ މިފަދަ އެއްވެސް ކަމަކަށް ފަރުވާލެއް ނެތިއެވެ...
އަދި އިންސާނާ ނިސްބަތްވަނީ އޭނާގެ މުދައްރިސަށެވެ. (މިއީ ބިދުޢަވެރިންނާއި މަންހަޖުން ބޭރު ފަރާތްތަކުގެ ގާތަށް އެއްވެސް ޢިލްމެއް ހޯދަން ދިއުމުން ނިކުންނަ އެއްގޯހެވެ.) އަދި މިކަމުގެ ސަބަބުން ބިދުޢަވެރިންގެ ޖަމާވުންތަކާއި އެއްވުންތައް ބައިބޯކަން އިތުރުކޮށްދެއެވެ. އަދި މިފަދަ ޙާލަތުގައި ހުންނައިރު ތިބާއާއިމެދު މީސްތަކުންނަށް އެނގޭނީ ކޯޗެއްހެއްޔެވެ؟ އަދި ތިބާގެ މަޤުޞަދާއިމެދު މީސްތަކުންނަށް ވަކި އެނގޭނީ ކޯޗެއްހެއްޔެވެ؟ އަދި ވަކިން ޚާއްޞަކޮށް —އަހަރެން ތަކުރާރުކޮށް ބުނަމެވެ— މިއީ މި ބިދުޢަވެރިޔާ ނޫން މީހެއް ތިބާ އަށް އަތުޖެހޭން އޮތް ޙާލަތުގައެވެ. ❝
— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން
( اللقاء المفتوح الثاني والعشرون)
~ ގަލަންދާނު
❔ ޢަޤީދާގެ ބައެއް ކަންކަމުގައި ނޫނީ މަންހަޖުގައި ދެބަސްވުންވާ ފަރާތް ތަކުގެ ފުށުން ޢިލްމު ހޯދުމުގެ ރަނގަޅު މަގަކީ ކޮބައިތޯއެވެ؟
①
❞ މިކަމުގައި ތަފްޞީލެއް އެބަވެއެވެ. އެހެނީ މިކަންތައް އެކުލެވިފައިވަނީ: އެނޫން މީހެއް އެބަހުރިތޯ ނުވަތަ ނެތްތޯ އާއި އެވެ. އަދި އެނޫން މީހެއް ނެތްނަމަ، މިހޯދާ ޢިލްމަކީ އޭނާގެ ބިދުޢަތާއި މަގުފުރެދުމާއި މަގުއޮޅުމާއި ގުޅުންހުރި ޢިލްމެއްތޯ ނުވަތަ ނޫންތޯ؟
އަލްއިމާމް މުސްލިމް ގެ ޞަޙީޙް ގެ މުޤައްދިމާގައި ވާފަދައިން، މުޙައްމަދު ބްނު ސީރީން ވިދާޅުވިއެވެ: ”ހަމަކަށަވަރުން މިޢިލްމަކީ ދީނެކެވެ. ފަހެ، ތިބާގެ ދީން ތިޔަ ނަގަނީ ކާކުގެ ފުށުންތޯ ބަލާށެވެ.“ އަދި އަޘަރެއް ނުކުރާކަމުގައި ދަރިވަރު ކިތަންމެ ދަޢުވާކުރިޔަސް، މުދައްރިސުގެ ފުށުން ދަރިވަރަށް ކުރުވާ އަޘަރަކީ ދެމިއޮންނަ އެއްޗެއް ކަމުންނެވެ.
މިގޮތުން، ސަލަފުންގެ އިމާމުން ހަވާނަފްސުގެ މީސްތަކުން ފުށުން (އެބަހީ: ބިދުަޢައިގެ އަހުލުން ފުށުން) ޢިލްމު ހޯދުމާއިމެދު އިންޒާރުކުރައްވައި ހެއްދެވިއެވެ. އެއީ އެވެރިންގެ ބިދުޢަޔާއި ގެއްލުމުން މިންވަރެއް އެކަމުގެ ތެރެއިން ހޭކިޔަ ނުދިނުމަށްޓަކައެވެ. އަދި އެވެރިންނާއި އެއްވެ މަޖިލީސް ކުރުމުންވެސް މަނައުކުރައްވައި ހެއްދެވިއެވެ. އަދިކިއެއްތަ؟ އޭގެ ތެރެއިން ބައެއް ބޭކަލުން އެވެރިން ފުށުން އެއްވެސް އެއްޗެއް، އިސްތިޘްނާއެއް ނެތި، އަޑުއެހުން މަނައުކުރެއްވިއެވެ.
އަދި ބިދުޢަވެރިންވެ ތެރެއިން މީހަކު، ބައެއް ސަލަފުންގެ އިމާމުންގެ ގާތަށް ބުނެހެދިއެވެ: ”ޤުރުއާނުން އާޔަތެއް ތިބާއަށް ތިމަން ކިޔަވާލަދެން ހެއްޔެވެ؟“ އެހެންކަމުން އެބޭކަލުން ޖަވާބުދެއްވައެވެ: ”އެންމެ އާޔަތެއްވިޔަސް ބޭނުމެއް ނޫނެވެ.“ އެއީ ހިތުގެ ތެރެއަށް (އޭނާ ފަތުރާ) ޝުބުހެއް ވަދެދާނޭކަމަށް ބިރުގަންނަވައިގެނެވެ.
އަދި އެނގިބަޔާން ވެގެންވާ ފަދައިން، މިކަންތަކީ، (އެބަހީ؛ ޝުބުހުވަދެ ވާނުވާއޮޅުމަކީ) އެއް ފަރުދަކާއި އަނެއް ފަރުދަކަށް ތަފާތުހުންނަ ކަންކަމެވެ. މިގޮތުން ޢިލްމުގައި ބިންވަޅުނެގިފައިވާ ޢިލްމުވެރިން އެފަދަ މީހުންގެ (ހާސަރުތައް) އަޑުއައްސަވައި، އެވެރިންގެ ޝުބުހުތަކަށް ރައްދުދެއްވުން، ޢާންމު މީހަކާއި ތަފާތުވެގެން ވެއެވެ. މިގޮތުން އަހަރެމެންގެ މިވާހަކަ އަމާޒުވަނީ ޢާންމު ފަރުދުންނާއި، މުދައްރިސެއްގެ ގާތުން އުނގެނޭން ބޭނުންވާ އެހެނަސް އަޘަރުފޯރާފާނޭ ކަމުގެ ބިރުއޮތް ދަރިވަރާކާއި މެދުގައެވެ.
އަދި އެއްދަރިވަރާއި އަނެއް ދަރިވަރުވެސް މީގައި ތަފާތު ކުރަން ޖެހެއެވެ. އެހެނީ ބައެއް ޢިލްމުގެ ދަރިވަރުންނީ، ފަރަޤުކުޅައުމާއި، ވިސްނުންތޫނު ކަމާއި, ދަނެގަނެވުން އެބަޔެއްގެ ފުށުގައި ހުންނަ ކުދިންނެވެ. ވީމާ އޭނާއަށް ކުޅަދާނަ ވަރަކުން ޢިލްމު ހޯދައެވެ. އޭނާއަށް މިކަމުގައި ދެވޭ ލުއި އަކީ، އެމީހެއް މައްޗަށް އަވަސްކަމާއި އެކު ބިދުޢަ އަރައިގަންނަ، ޝުބުހު ދައުރުވެގަންނަ ޣާފިލު ދަރިވަރަކަށް ދެވޭނެ ލުޔެއް ނޫނެވެ. އަދި ނައްޞުތައް މަތިވެރި ނުކުރާ ވަރަށް ޝަޚުޞުތައް މަތިވެރިކުރެވެއެވެ. ވީމާ މިފަދަ ދަރިވަރުންނަށް އިސްތިޘްނާއެއް ނެތި މިކަން (ބިދުޢަވެރި އަދި މަންހަޖުން ބޭރު މީހުން ފުށުން ޢިލްމު ހޯދުމަށް އުޅުމުން) އަހަރެމެން މަނައު ކުރަމެވެ.
މުސްލިމަކަށް އޭނާގެ ދީން ނުރައްކަލަށް ލުމެއް ނުވެއެވެ. އެހެނީ މިހުރީ (މިޘާލަކަށް) އިބްނު ޢަޤީލް އަލްޙަންބަލީއެވެ. އެއީ (އޭރުގެ) މީސްތަކުންގެ ދެބަސްވުމަކާއި ނުލައި ދުނިޔޭގައި ހުރި އެންމެ ވިސްނުން ތޫނު ހިތްއަލި އެއް މީހާއެވެ. އޭނާ މުޢްތަޒިލީން ގާތުން ކިޔެވުމުގެ ކަންތަކުގައި އަމާންވެގަތެވެ. ނަތީޖާއަކަށްވީ އެވެރިންގެ މަޅިތަކުގައި ލައިގަތުމެވެ. އަދި އެއިން ނެއްޓެން އުޅެ އެކަމެއް ނުވިއެވެ. އަދި ޙަޔާތުގެ ފަހުކޮޅުގައި ތަޥްބާވިއެވެ. އެހެނަސް މުޢުތަޒިލީ މަޛުހަބުން ބަދަލުވީ އަޝްޢަރީ މަޛްހަބަށެވެ. އަދި ބިދުޢައަކުން ބިދުޢައަކަށް ދާން ޖެހުމުގެ ސަބަބަކީ ހަވާނަފުސާއި ބިދުޢައިގެ މީސްތަކުން ގާތުން ކިޔެވުމުގެ ކަންތަކުގައި ދޫދިނީތީއެވެ.
=
في غمرة بهجتنا
އަހަރެމެންގެ އުފަލުގެ ތެރޭ،
هنو يلا الي تحبون
ތަހުނިޔާ ވަނީ އަހަރެމެންގެ ލޯބިވާއިންނެވެ.
في حزة هالأعياد
ފަހެ މި ޢީދު ތަކުގެ ވަނީ
وش باقي غير الأعياد
ޢީދުއުފާ ފިޔަވައި ދެން ކޯޗެއްހެއްޔެވެ؟
والعيد شرف بالحب
އަދި ޢީދު ވަނީ ލޯބިން ޖަރީވެފައެވެ.
الله يحييه
ﷲ އެއަށް ދިރުންދެއްވާށިއެވެ.
مادمنا مع بعضنا
އަހަރެމެން އެކުގައިވާހާ ހިނދަކު
دامت مساعيد
އުފާވެރިކަން ދެމިއޮންނާނެތެވެ.
فيه الفرحة معهودة
މިއީ އުފާވެރިކަމުގެ ހަފުލާއެކެވެ.
افرح وانسى أحزانك
އުފާކޮށް ތިބާގެ ހިތާމަތަށް ފޮހެލާށެވެ.
فيه الضحكة معسولة
އޭގައި ހިތްގައިމު ހުނުންތަކާއި
عليها داعبها بكل اشجانك
އޭގައި ތިބާގެ ހުރިހާ ފިކުރަކަށް މަޖާގެނުވައެވެ.
ردد كلمة منشودة
މި މަދަހައިގެ ބަސްތައް ތަކުރާރުކުރާށެވެ.
عيد مبارك بالحانك
އަޑުނަގައި ޢީދު މުބާރިކް އެވެ!
خلي العيد بحلوله
ޢީދު އޭގެ ނިންމުންތަކަށް ދޫކުރާށެވެ.
فرحة وسما لخلانك
އުފާވެރިކަން އެކުވެރީންނަށް ފޯރުވާ އެއްޗެކެވެ.
ماللضيقه والأحزان
ނުތަނަވަސްކަމާއި ހިތާމައަށް
في هالجو مكانه
މީގައި ދޭނެ ތަނެއް ނެތެވެ.
وقت الضيم والونات
ކަންބޮޑުވުމާއި ފިކުރު ބޮޑުކުރުމުގެ ވަޤުތު
راح وولى زمانه
ފިލައިގޮސްފިއެވެ. އަދި އޭގެ ޒާމާން އޮބިއްޖެއެވެ.
نبض السعد والبسمات
އުފާވެރިކަމާއި ހިނުތުންވުންތަކުގެ ވިންދުތައް
حل وأعلن أوانه
އަޒުމު ހަދައި އޭގެ މޫސުން އިޢްލާންކޮށްފިއެވެ.
فرحة عيد فيه تزيد
އޭގައި ޢީދުގެ އުފާވެރިކަން އިތުރުވެދެއެވެ.
وتتفاخر في كيانه
އޭގެ ލަގޮނޑީގައި އެފަޚުރުވެރިކަން ލައެވެ.
حبل الود يجمعنا
ލޯބީގެ ވާފަށްތަކުން އަހަރެމެން ޖަމަޢުވެއެވެ.
في عيد السعادة
މިއުފާވެރި ޢީދުގައެވެ!
طيف احبابنا نور
އަހަރެމެންގެ ލޯބިވާއިންގެ ފަނޑުކަން ދިއްލެއެވެ.
والي غايب نناده
އަދި ހާޒިރުވެ ނެތް ފަރާތަކަށްވެސް އަހަރެމެންގެ ނިދާވެއެވެ.
قل للضحكة الحلوة
މި އުފާވެރި ހުނުންތަކަށް ބުނާށެވެ.
علي الصوت بزيادة
އަޑުގައި އިތުރުކޮށް ގިނަކުރާށެވެ.
لاتغيبين عسى نغماتك
އުއްމީދަކީ މިއޮބިނުގޮސް ތިބާގެ ޗާލުއަޑުތައް
بعيد الهنا عادة
ކޮންމެ ޢީދަކަށް ވެސް ޢާދައަކަށް ވުމެވެ.
~ގަލަންދާން
🔴
مادمنا مع بعضنا
އަހަރެމެން އެކުގައިވާހާ ހިނދަކު
دامت مساعيد
އުފާވެރިކަން ދެމިއޮންނާނެތެވެ.
...
حبل الود يجمعنا
ލޯބީގެ ވާފަށްތަކުން އަހަރެމެން ޖަމަޢުވެއެވެ.
في عيد السعادة
...މިއުފާވެރިކަމުގެ ޢީދުގައެވެ!
~ ގަލަންދާނު
📎 ފިޠުރު ޢީދު ނަމާދުގެ ބައެއް އަޙްކާމު
• ބައެއް މީހުން ހީވެފައިވަނީ، ޢީދު ނަމާދަކީ ސުންނަތެއް ކަމެވެ. އެފަދައިން (ޢިލްމުވެރިން ފުށުން) ބައެއް ބަސްތައް އައިސްފައިވެސް ވެއެވެ . އެހެނަސް ޞައްޙެވެގެންވަނީ އެއީ ފަރުޟެއް ކަމުގައި ވުމެވެ. އަދިކިއެއްތަ؟ ނަމާދުތަކުގެ ތެރެއިން އެއްވެސް ނަމާދަކަށް އަންހެންވެރިން ޙާޟިރުވުމަށް އޮތް އަމުރު، ޢީދު ނަމާދަށް އައިސްފައިވާ ފަދަ ކަށަވަރުކަމާއި އެކު އައިސްފައި ނުވެއެވެ.
• ޢީދު ދުވަހު ކަދުރު ކެއުން ސުންނަތް ވެގެން ވެއެވެ. އެއީ އޮނަހިރި އަދަދަކަށެވެ. އަދި ޢީދު ނަމާދަށް ދިއުމުގެ ކުރީންނެވެ.
• ޢީދު ދުވަހުގެ ޚުޠުބާ އިއްވެނީ ނަމާދަށް ފަހުގައެވެ. މިއީ ޚުޠުބާ އޭގެ ކުރިޔަށް ކިޔޭ ހުކުރު ނަމާދާއި ޚިލާފަށެވެ.
• ސުންނަތް ވެގެންވަނީ ޢީދު ނަމާދުގެ ފުރަތަމަ ރަކުޢަތުގައި — ހަށަންބަން ތަކުބީރު ހިމެނޭހެން — މުޅިއަކު ހަތް ތަކުބީރު ކިޔުމެވެ. އަދި ދެވަނަ ރަކުޢަތުގައި (ކޮޅަށް ތެދުވުމަށް ފަހު) ފަސް ތަކުބީރު ކިޔުމެވެ.
• އައުލާކަން ބޮޑުވެގެން ވަނީ، ޢީދު ޚުޠުބާ އަޑު އެހުމެވެ. ދެންފަހެ، ނަބިއްޔު ﷺ ޚުޠުބާ އަޑުއެހުމާއި މެދު ތަނަވަސްކަން ދެއްވިކަމަށް އައިސްފައިވާ ޢަބްދު ﷲ ބުނުއް ސާއިބުގެ ޙަދީޘާއިމެދު ދަންނައެ، އެޙަދީޘް ޞައްޙައެއް ނޫނެވެ. ❝
— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)
~ ގަލަންދާނު
⏺ ޢީދު މަރައި ނުލާށެވެ!
ހިތްދަތި މަދަހަ ތަކާއި ޢިބާރާތްތަކުން ޢީދުގެ އުފާވެރިކަން މަރައި ނުލާށެވެ. އަދި ހިތާމަވެރިކަން ގެނުވާ ޙާލަތްތަކަށް ގޮވުމުންވެސް މެއެވެ. އެހެނީ މި މާތްވެގެންވާ ޢީދުގައި އުފާ ފާޅުކޮށް ހިތްއުފާ ކުރުމަކީ ދީނުގެ ތެރެއިން ވާ ކަމެކެވެ.
ފަހެ ރަސޫލު ﷲ ﷺ ވީ މީސްތަކުންގެ ތެރެއިން އެބޭކަލަކަށް، އެބޭކަލެއްގެ އަހުލުންނާއި އަޞްޙާބުންނާއި އުއްމަތް އެންމެ ބޮޑަށް އިމްތިޙާނު ކުރެވުނު ބޭކަލަށެވެ. އަދި މިއާއި އެކުވެސް، ޢީދު ދުވަހު އެކަލޭގެފާނު އުޖާލާ ކަމާއި އުފާވެރިކަން ފާޅުކުރައްވައެވެ.
އަދި އެންމެ ހައިރާން ކުރުވަނިވި އެއްކަމަކީ، ބައެއް މީހުން ﷲ އެއަކަށް އަމުރެއް ދެއްވާފައިނުވާ މުސްލިމުން ނޫން މީހުންގެ މުނާސަބާތަކުގައި އުފާވެރިކަން ފާޅުކުރާކަމެވެ. ނުވަތަ ޢާއިލީ އަދި މިޒާތުގެ އުއްމަތާއި ނުގުޅޭ ކަންކަމުގައި އެބައިމީހުންގެ ރޫހުގެ ތާޒާކަން ދައްކައެވެ. އެހެނަސް އިސްލާމީ ޝަރީޢަތް އެއަކަށް ގޮވާލާ މުސްލިމުންގެ ޢީދެއް އައުމާއި އެކު، އެވެރިން މޯޅިވެއެވެ. އަދި މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކާއި އާފާތްތަކާއި ހިތާމަތަށް ހަނދުމަކުރާން ފަށައެވެ.
ولا حول ولا قوة إلا باللّٰه.
— އައްތަޛްކިރާ
~ ގަލަންދާނު
🔴ދިވެހިރާއްޖޭއައި، ޤަޠަރާއި، ސަޢޫދީ އާއި، ބަހުރައިނާއި، އިމާރާތާއި، ކުވޭތާއި، ޔަމަނާއި، ސޫދާނާއި، ފަަލަސްތީނާއި ލުބުނާނާއި، މިޞްރާއި، ތޫނިސް އާއި ޖަޒާއިރާއި، އަފްޣާނިސްތާނާއި، ސީރިޔާ އަދި ޢިރާޤާއި އެފްރިކާ ބައްރުގެ މިނިވަން އިސްލާމީ މަންޠިޤާ ތަކަށްވެސް ޝައްވާލުމަހުގެ ހަނދު ނުފެނުމާއި ގުޅިގެން ވަނީ ރޯދަމަހުގެ 30 ދުވަސް ހަމަކޮށް ، ބުދަދުވަހަކީ ބަރަކާތްތެރި ފިޠުރު ޢީދު ދުވަސް ކަމުގައި އިޢުލާންކޮށް ފައެވެ.
~ ގަލަންދާނު
🗒❝ And the Salaf said: “the neighbour of the money has more right to its Zakaat”. And they disliked transferring the Zakaat to the country where the ruler resides or elsewhere, so that all areas are sufficed with what they have of Zakaat. ...However, it is permissible to transfer the Zakaat and what takes its ruling, for a legislative benefit. ❞ — Shaykhul Islam ibn Taymiyyah (Al-Fatāwā Al-Kubrā 5/370). ~ Galandān
Читать полностью…⚠️ސުވާލު : ޤުރުއާން ޚަތިމް ކުރުމުގެ ދުޢާ ގެ ޙުކުމަކީ ކޮބައިތޯއެވެ؟
ޖަވާބު : ނަމާދުގައި ޤުރުއާން ޚަތިމް ވުމުގެ ދުޢާ ކިޔުން ނަބިއްޔު ﷺ އަރިހުން ފޯރާފައި ނުވެއެވެ. އަދި އަޞްޙާބު ބޭކަލުން ތެރެއިން އެއްވެސް ބޭކަލެއްގެ އަރިހުންވެސްމެއެވެ. އަދި ފަހެ އަޅުކަންތަކަކީ (توقيفية) ތަޥްޤީފިއްޔާ ތަކެއްޗެވެ. (އެބަހީ އަޅުކަން ޝަރުޢުވުން ވަނީ ހަމައެކަނި ޤުރުއާނާއި ސުންނަތުން ޘާބިތުވުމުންނެވެ.) އަދި ދީނަށް އައުކަންތައް ގެނައުމަކީ ޙަރާމް ވެގެންވާ ކަމެކެވެ. އަދި ޤުރުއާނުން ވާރިދުވެފައިނުވާ، ސުންނަތުން ޘާބިތުވެފައި ނުވާ، އިޖްމާޢެއް އަދި ޞައްޙަ ޤިޔާސަކުން އެ ޝަރުޢުވާކަމަށް ދަލީލުނެތް އަޅުކަމަކުން ﷲ އަށް އަޅުވެތިވާ މީހާ، އޭނާ އެވަނީ ދީނުގައި ބިދުޢަ ހަދައި އޭގައި ނުހިމެނޭ ކަމެއް ގެނެސްގަނެފައެވެ. އަދި ނަބިއްޔު ﷺ މިޙަދީޘް ފުޅުގައިވާ ގޮތުގެ މަތީން އޭނާގެ އެޢަމަލު ވަނީ (ޤަބޫލު ނުވެވި) ރައްދުކުރެވިގެންނެވެ: (من أحدث في أمرنا هذا ماليس منه فهو رد) ”އަހަރެމެންގެ މިކަމުގައި އޭގައި ނުވާ އެއްޗެއް ގެނެސްފި މީހެއް ފުށުން އެކަންތައް ވަނީ (ޤަބޫލުނުވެވި) ރައްދުވެވިގެނެނެވެ.“ މިއީ ޢާއިޝާ ގެ ޙަދީޘް ތަކުން متفق عليه ޙަދީޘެކެވެ. (އެބަހީ: އަލްބުޚާރީ އާއި މުސްލިމް)
✅ދެންފަހެ ނަމާދުން ބޭރުގައި ޤުރުޢާން ޚަތިމުވުމުގެ ދުޢާ، މިކަން ވަނީ އަނަސް އަރިހުން ފޯރާފައެވެ. އަދި އެކަލޭގެފާނުގެ އަރިހުން ޘާބިތެވެ. ރިވާކުރެއްވީ އައްދާރިމީ އާއި އެނޫން ބޭކަލުންނެވެ. އަދި އެކަލޭގެފާނު ނޫން އެހެން އަޞްޙާބު ބޭކަލެއްގެ އަރިހުން އެކަން ޞައްޙަވެފައި ނުވެއެވެ. ❝
— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން (فوائد منتقاة)
~ ގަލަންދާނު
#KaiveneegeFiguhu (7)
🔴ދެމަފިރިން ދެމެދު ފޯނުން ލޯބީގެ ގުޅުން ހިންގުމުގެ ޙުކުމުގެ މައްޗަށްވާ ޚުލާސާ
”ދެމަފިރިން ފޯނުން ނުވަތަ އިންޓަރނެޓު މެދުވެރިކޮށް ވާހަކަ ދެއްކުމުގައި މައްސަލައެއް ނުވެއެވެ. މައްސަލަ ކުރިމަތި ވަނީ އިންޓަރނެޓާއި ކެމެރާ ކުރިމަތީ ޢައުރަ ކަޝްފުކުރުމުގައެވެ. ދަންނައެ، މިކަމުގެ ސަބަބުން ތަރުތީބުވެގެންދާ ފަސާދަތަކުގެ މައްޗަށް، މިކަން ޙަރާމް ވެގެން ވެއެވެ.“ ⁽¹⁾
އަހަރެން ބުނަމެވެ: އަދި މީގެން ގިނަ ކަންކަން ކަނޑައެޅެނީ، سد الذريعة ގެ ދަށުންނެވެ. އެއީ ފަސާދައާއި ފާފައަށް ހުޅުވޭ ދޮރު ބަންދު ކުރުމުގެ ދަށުން ކަންކަން ނަހީވެގެންނަ އުޞޫލެވެ. އަދި މި މައްސަލާގައި ޢިލްމުވެރިން ބަޔާން ކުރައްވާފައިވާ މިފަދަ ބައެއް ކަންކަމުގެ ތެރޭގައި ވަނީ:
1. ތަސްވީރަކީ ޢިލްމު ވެރިން މެދުގައި ޚިލާފުވެފައިވާ އެއްޗަކަށް ވެފައި އެ ހުއްދަ ކުރެއްވި ބޭފުޅުން ތެރެއިން ބޮޑުބަޔެއް އެކަން ލާޒިމުކުރެއްވީ ޒަރޫރީ ބޭނުން ތަކަށް ކަމުގައި ވުން.
2. މީގެ ދަށުން، މުޅި އަންހެނާ އަކީ އަޥްރަ ކަމުގައި ވެފައި، އެކަން ހުއްދަ ކުރެއްވި ޢިލްމިވެރިން އަންހެނާގެ ފޮޓޯ ނެގުން ނަހީ ކުރެއްވުން.
3. ތިންވަނަ ފަރާތަކަށް ފޮރުވިފައި ނުވުން، އެއީ:
އެހެންޏާ އެވަޞީލަތް ވަގަށް ނެގުމުން، ނޫނީ ހެކް ކުރުމުން، ނޫނީ އޮޅިގެން ނެޓަށް ލެވުމުން، ނޫނީ ކައިރީގައި ހުރި ފަރާތަކަށް ފެނުން، ނޫނީ އެފޯނު ފަދަ އާލަތް ވަޤުތީގޮތުން ބޭނުން ކޮށްލަން ދެވޭ ނޫނީ ނަގާ މީހެއް ނޫނީ ދަރިއަކަށް ވިޔަސް އެފެނުން ނޫނީ ޝާއިޢު ކުރެވުން.
ޙަދީޘެއްގައި ވެއެވެ: أَيُّمَا امْرَأَةٍ وَضَعَتْ ثِيَابَهَا فِي غَيْرِ بَيْتِ زَوْجِهَا فَقَدْ هَتَكَتْ سِتْرَ مَا بَيْنَهَا وَبَيْنَ اللَّهِ
”އޭނާގެ ފިރިމީހާގެ ގޭގައި ނޫން ތަނެއްގައި އޭނާގެ ހެދުން ބާލައިފި އަންހެނާ، ފަހެ ﷲ އާއި އޭނާ އާއި ދެމެދުގައިވާ ފަރުދާ އިރާލައިފިއެވެ.“ އަލްމަނާވީ ވިދާޅުވިއެވެ: ”(ފިރިމީހާގެ ގޭގައި ނޫން ތަނެއްގައި) އެބަހީ، ޣައިރު މަޙުރަމުންނަށް ފެނުމާއި އެވެރިންނަށް ފޮރުވިގެން ނުވުމެވެ.“
4. ދެމަފިރިން ކުރެ އެކަކު ޚިޔާނާތް ތެރިވުމަކީ، މުސްތަޙީލުކަމަކަށް ނުވުން
5. ވަރި ވުމާއި އެކު އެތަކެތި ހިލޭ މީހެއްގެ އަތްމަތީގައި ހުރިއެއްޗަކަށް ވެދާތީ
6. އަމިއްލަޔަށް އެދުން ފުއްދުން އޭގެ ޒާތުގައި ޙަރާމް ވުމުގެ މައްޗަށް ވާ ޢިލްމިވެރިންގެ ފަތުވާގެ މަތިން، މިފަދަ ފޯނުކޯލެއް ނޫނީ މުވާޞަލާތެއް އޮތަސް އަމިއްލަ ނަފްސަށް އެކަން ކުރުމުގެ ނަހީ ދެމިއޮތުން.
7. ދެމަފިރިންނަކީ އެކަކު އަނެކަކުގެ "ފަރުދާ" އެއް ކަމަށް ވެފައި، މިކަމުން އެފަރުދާ ކެހުމަށް މަގުފަހިވުން. ﷲ ވަޙީ ކުރެއްވީ:
﴿هُنَّ لِبَاسٌ لَّكُمْ وَأَنتُمْ لِبَاسٌ لَّهُنَّ (البقرة:187) ”އަދި އެކަނބަލުންނަކީ ކަލޭމެން ފިރިހެނުންނަށްވާ ލިބާހެކެވެ. އަދި ކަލޭމެންނަކީ އެކަނބަލުންނަށްވާ ލިބާހެކެވެ.“ ބަކުރުބޭ ވިދާޅުވިއެވެ: ”ދެމީހުންކުރެ ކޮންމެމީހަކީ އެކަކު އަނެކަކުގެ ސިއްރުތައް ނިވައިކުރާންވާނެ މީހެކެވެ.“ އަލްޤުރުޠުބީ ވިދާޅުވިއެވެ: ”ބުނެވެއެވެ: އެހެނީ އެއިން ކޮންމެ މީހަކީ އަނެކާއަށް ފަރުދާއަކަށްވާތީއެވެ. އެއީ އެދެވެރިން ދެމެދުގައި ޖިމާޢު ވުމުގައިވާ ކަންތައްތައް، މީސްތަކުންގެ ފެނުމުން ފަރުދާކޮށްދޭ ދިނުމެވެ.“
ނޯޓް: އަދި މިކަމުގައި ޢިލްމުވެރިން ހަރުކަށި ކުރައްވާފައިވަނީ ފޮޓޯ އާއި ވީޑިއޯގެ ބާބެވެ. އަދި ދެމަފިރިން ދެމެދުގައި ޖިންސީ ވާހަކަ ދެއްކުމުގެ ބާބުގައި، ލުއި ވެއެވެ. ޝަރުޠުތަކާއި އެކުގައެވެ. (ބެލުމަށް: އިސްލާމް-ސުވާލާއިޖަވާބު ފަތުވާ 4897 ، 9099 ، 108872 އަދި އިސްލާމްވެބް ފަތުވާ 81689 )
~ ގަލަންދާނު
----------------------
[1] ފަތުވާ އިސްލާމް އޮންލައިން (މިލިޔުން). އަދި އޭގެ ނިމުމައި ވެއެވެ: ”މިކަމުގެ ޚުލާޞާ އަކީ: އިންޓަރނެޓަށް ދެވޭ ޙުކުމަކީ މީހުން ގިނަ މަގުތަކާއި ގޯޅިތަކުގެ ޙުކުމެވެ. އެމަގުތަކުގައި ހުއްދަ އެއްޗެއް އިންޓަރނެޓް ގައި ހުއްދައެވެ. އަދި އޭގައި ޙަރާމް އެއްޗެއް އިންޓަރނެޓް ގައި އެއަށްވުރެ ބޮޑަށް ޙަރާމެވެ. އަދި އިންޓަރނެޓް ހެކް ކުރެވޭ ކަމުގެ މައްޗަށް އަހަރެމެން އަނެއްކާވެސް ހޭވެރިކުރުވަމެވެ. އޭ މުސްލިމުންނޭވެ. އެއީ ފަހުން ކަރުނަ ނޭޅުމަށްޓަކައެވެ. ކަރުނައަޅައިގެން އޭރުން މަންފާޢެއް ކުރާނެ ނަމައޭއެވެ!“
[🔗] މިކަމުގެ މައްޗަށް ހުރި އިތުރު ފަތުވާތައް: އިސްލާމް ސުވާލާއިޖަވާބު (97495 Eng) އަދި އިސްލާމް ވެބް (116122 Eng) (111879) އަދި (121845) އަދި (133631)