Ibrāhīm bin Ad'ham (163 H.) stated: “Excessive viewing of falsehood dulls the heart's ability to perceive the truth.”
وَقَالَ إِبْرَاهِيمُ بْنُ أَدْهَمَ: كَثْرَةُ النَّظَرِ إِلَى الْبَاطِلِ يَذْهِبُ بِمَعْرِفَةِ الْحَقِّ مِنَ الْقَلْبِ
—Siyar Al-Salaf Al-Ṣāliḥīn (p. 973)
~ Galandān 🖋
✨ ކޮންމެ ފިޔަވަޅަކަށް އަހަރެއްގެ ސަވާބެވެ.
❞ އަބޫ ދާވޫދު އެކަލޭގެފާނުގެ "ސުނަން" ގައި އަޥްސު ބުނު އަޥްސް އައްޘަޤަފީ ގެ ޙަދީޘުތަކުން ރިވާކުރެއްވިޔޭ، ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ:
«مَنْ غَسَّلَ يَوْمَ الْجُمُعَةِ وَاغْتَسَلَ ، ثُمَّ بَكَّرَ وَابْتَكَرَ ، وَمَشَى وَلَمْ يَرْكَبْ ، وَدَنَا مِنْ الإِمَامِ ، فَاسْتَمَعَ وَلَمْ يَلْغُ ، كَانَ لَهُ بِكُلِّ خُطْوَةٍ عَمَلُ سَنَةٍ ؛ أَجْرُ صِيَامِهَا وَقِيَامِهَا»
”ރަނގަޅަށް ބޯދޮވެ ފެންވަރާ ހިނައިގަނެ އަވަހަށް ހުކުރަށް އައިސް ފުރަތަމަ ޚުތުބާ ލިބެ، (އަދި އައުމަށް) އެއްޗަކަށް ސަވާރުނުވެ ހިނގާފައި އައިސް، އިމާމާއި ކައިރިވެ ޚުތުބާ އަޑުއަހައި ވާހަކަ ނުދައްކައި (މިފަދައިން ކަންކޮށްފިނަމަ) އޭނާގެ ކޮންމެ ފިޔަވަޅަކަށް އަހަރުގެ ރޭއަޅުކަމާއި އަދި ރޯދަހިފުމުގެ ހެޔޮކަން ލިޔުއްވޭ ހުއްޓެވެ.“
⬆️ ❞ އިސްލާމީ ޝަރީޢަތް ވަނީ އިންސާނީ ކަރާމާތް ނަގާލާ ކޮންމެ ކަމެއް ޙަރާމް ކޮށްފައެވެ. ހަނގުރާމަޔާއި އަމާނުގައެވެ. ދައްޗާއި އުނދަގުލުގައިވެސް އެވެ. ވީމާ އަސީރުންނާއި ގުޅުން ހުރި ޝަރުޢުތަކަށް ނިކަން ނަޒަރުހިންގަބަލާށެވެ! އޭގެ ދަރުމައިގެ އެންމެބޮޑު ނަސީބެއް ލައްވާފައިވަނީ އެވެރިންނާއި މެދު އޯގާތެރިވެ އެވެރިންނާއިމެދު ރަޙުމް ކުރުމުގެ މައްޗަށެވެ. އަދި އެވެރިންގެ ބޭނުންތަކުގައި އެހީފޯރުކޮށްދިނުމުގެ މައްޗަށެވެ. އަދި ﷲ ވަނީ އެއިލާހުގެ ހެޔޮލަފާ އަޅުތަކުން ޞިފަކުރައްވަމުން މިހެން ވަޙީ ކުރައްވާފައެވެ:
▶️وَيُطْعِمُونَ الطَّعَامَ عَلَى حُبِّهِ مِسْكِينًا وَيَتِيمًا وَأَسِيرًا◀️ [سورة الانسان - الآية 8]
"އަދި އެއިލާހަށް ލޯބިން [ނުވަތަ މާނައީ: އެކާތަކެއްޗަށް ޚުދު ޝަޥްޤުވެރިވެފައި ވީހިނދުވެސް] މިސްކީނުންނާއި ޔަތީމުންނާއި ހައްޔަރުވެފައިވާ މީހުންނަށް އެއުރެން ކާންދެތެވެ." ⁽¹⁾ ❝
— އައްޝެއިޚް ސުލައިމާން އަލްޢަލްވާން
~ ގަލަންދާނު 🖋
ــــــــــــــ
[1] މިއާޔަތުގެ ތަފްސީރާއިމެދު އަހަރެމެން ކުރިން ވާނީ ލިޔުމެއް ގެނެސްދީފައެވެ. (ބަލައިލުމަށް)
إن الشريعة الإسلامية حرّمت كل ما يخل بالقيم الإنسانية، في الحرب والسلم وفي المنشط والمكره، فتأمل تشريعها في حالة الأسرى فقد ضربت القدح المعلى في الرفق بالأسرى والرحمة بهم، والعناية بشأنهم، وقد قال الله تعالى في وصف عباده الأبرار: {وَيُطْعِمُونَ الطَّعَامَ عَلَى حُبِّهِ مِسْكِيناً وَيَتِيماً وَأَسِيراً}.Читать полностью…
ʿAbdul Malik Al-ʿAlwān: I asked my father about the saying that the language of the people of Paradise is Arabic.
He replied: This has not been proven from the Prophet ﷺ nor from any of the Companions, and it is not permissible to ascertain something for which there is no proven text or sound consensus.
As for the ḥadīth narrated by Al-Ḥākim attributing to the Prophet, saying, "Love the Arabs for three reasons" and for the third it was mentioned "the inhabitants of Jannah speak Arabic." — this is a fabricated ḥadīth. (Mawḍūʿ).
— Answered by Sulaymān Al-ʿAlwān
~ Galandān 🖋
#حديث_ضعيف
عبد الملك العوان: سألت والدي عن القول بأن لسان أهل الجنة عربي؟Читать полностью…
فأجاب: هذا لم يثبت عن النبي ﷺ ولا عن أحد من الصحابة، ولا يجوز الجزم بشيء لم يثبت به نص ولا صح فيه إجماع، والحديث الذي رواه الحاكم مرفوعا (أحب العرب لثلاث)، وذكر الثالث: (لأن لسان أهل الجنة عربي)، فهذا حديث موضوع.
⬆️ The Fitnah Of Rāfiḍah If They Consolidate Power
❝ The fitnah (tribulation) of the Rāfiḍah, if they gain power over the Sunnīs, is more severe than the fitnah of the Jews and Christians against them, because of the intense hatred and malice they feel towards Ahl al-Sunnah. They conceal it, raise their children with it, and recite poems about it until their souls are filled. They then await the opportunity for power. If they gain power, they will transgress in ways that no one else would. This has been known in every era. That is why they are not empowered in countries and states. Whoever empowers them will inevitably find that they conspire against him if they are few or turn against him if they are many.
Jabalah ibn Ḥammūd al-Ṣadafī said regarding them that when he fled from the Rāfiḍites in the ribāt areas [i.e., border regions of the Islamic state] and settled in Al-Qairawān, he was asked about that. He replied: "We were guarding against an enemy with whom there was a sea between us and them, and while awaiting them, this enemy [the Rāfiḍah] has settled right in our courtyard; and this enemy is far more severe to us than that ˹which we are waiting for at the border˺."
He used to denounce those who left Al-Qairawān for Sūsah, or similar borders, and he would say: "Jihād against these people [i.e. the Rāfiḍah] is better than jihād against the people of polytheism."❞
— ʿAbdul ʿAzīz Al-Ṭarīfī
(Al-Maghribiyyah, p. 258)
~ Galandān 🖋
②
ހަމައެފަދައިން ބުއްދިއަކީ އޮޅިދާ އެއްޗެކެވެ. ބުއްދިއަކީ ހަށިގަނޑު ފަދަ އެއްޗެކެވެ. ހަށިގަނޑު ފަތާ ފަދައިން އެވެސް ފަތައެވެ. ބުއްދިފަތަނީ މައުލޫމާތުގައެވެ. ހަށިގަނޑު ކޯރާއި ކަނޑުގައި ފަތާހެނެވެ. އަދި ބުއްދި ޖާހިލުކޮށް އޮވެއްޖެނަމަ ކައިވަތެއް ތެރޭ، މަދުއެއްޗަކަށްވެސް ގެނބިދެއެވެ. އެއީ ޙައްޤު އެނގޭމީހަކާއި ނޭގޭ މީހެއްގެ ތަފާތެވެ. ފަތަން ނޭގޭ މީހެއް، ތިލަ ތަނެއްގައިވެސް ގެނބިދާނެއެވެ. އެހެނަސް އެކަމުގެ މާހިރެއް ފުންކަނޑުގައިވެސް ފަތާފާނެއެވެ.
މިހެންކަމުން މީސްތަކުން ބާޠިލުގެ ފޮތްތައް ނުކިޔުމަށް އަހަރެމެން ބުނަމެވެ. އަދި މަގުފުރެދުމުގެ ފޮތްތައްވެސް އެވެ. އޭނާ މައްޗަށް ވަނީ ޙައްޤު ދެނެގަތުމެވެ. އަދި އެޔަށް އޭނާ މާހިރުވެއްޖެނަމަ، ދެން އެޔަކަށް ރައްދުދޭން ބޭނުންވާ މިންވަރަކަށް ބާޠިލުގެ އެއްޗެއް ބެލިދާނެއެވެ. ޝަރީޢަތުން ހުއްދަކުރާ މިންވަރަކުންނެވެ. އަދި މީސްތަކުންނަށް އެއަށް އިންޒާރު ދިނުމަށްޓަކައެވެ. ޙުޒައިފާ ވިދާޅުވިފަދައިންނެވެ. މީސްތަކުން ހެޔޮ ކަންކަމާއިމެދު ސުވާލު ކުރައްވައި އުޅުއްވާކަމާއި އެކަލޭގެފާނު ނަބިއްޔު ﷺ އަރިހުން ނުބައި ތަކާއިބެހޭ ޚަބަރު އައްސަވާކަމަށެވެ. އެއީ އެއާއި ބައްދަލުވެދާނެ ކަމަށްޓަކައި ބިރުންނޭ އެވެ. ވީމާ އެއީ އެއަށް އިންޒާރުލިބި ހުޝިޔާރުވެ ހުރުމަށެވެ.
ބައެއް މީހުން ބުނޭ: "ކީއްވެހޭ ބުއްދި ދުރު ތި ކުރަނީ ޙައްޤު ދެނެގަތުމުން؟ ފަހެ ތިބާ ގެ މައްޗަށް ވެޔޭ މިފޮތްތައްކިޔައި ނަޒަރުހިންގައި ބަލައިހޯދުން، ތިބާގެ މައްޗަށް ވެޔޭ ޙަޤީޤަތް ދެނެގަތުން."
ފަހެ ޙަޤީޤަތް ﷲ ގެ ފޮތުގައި ނުވާނަމަ އަދި އެ ހޯދުމަށް އިންސާނާ އެނޫންފޮތްތައް ބޭނުން ވާނަމަ، އެހެންވެއްޖެ ނަމަ އޭނާ އެވަނީ — ﷲ ގެ ފޮތާއި ވަޙީ — އެހެން ތަކެއްޗާއި އިންސާނުންގެ ބަހާއި އެއްފަދަކޮށްފައެވެ. އަދި އެއްވެސް ޝައްކެތް ނެތް ގޮތުން މިއީ ﷲ سبحانه وتعالي އަށް ކުފުރުވުމެވެ. އަދި މިއީ ޖާހިލިއްޔަތުގައިވެސް އަދި ފަހުގެ ވެސް އެތައް ގިނަ ބަޔަކު މަގުއޮޅި މަގުފުރެދުމަށް ދިމާވި ސަބަބެވެ.
މަގުފުރެދުމާއި ޝިރުކުގެ ފޮތްތަކާއި ގުޅިފައިވާ މުހިއްމު އެއް ނުކުތާ އަކީ، ހަމަކަށަވަރުން ﷲ ހިދާޔަތް ދައްކަވައި ބުއްދި ޙައްޤާއިހަމައަށް ފޯރުމަށްޓަކައި ޙައްޤަށް ފޯރުމުގެ މަގު ކުރުކޮށްދެއްވި ހިނދު، ﷲ ބަޔާން ކުރެއްވީ އެންމެ ބޮޑު އެއްޗަކީ އަދި ދީން ފުރިހަމަ ވުން ވަނީ އެއިލާހަށް އަޅުވެތިވުމުން ކަމެވެ. އަދި ޤަތުލާއި ލޭއޮހޮރުން މުޅި އުއްމަތުގެ ތެރޭ ފެތުރުންވެސް، އޭގެ ތެރޭ ކުފުރު ފެތުރުމަށްވުރެ ހެޔޮވެގެންވާ ކަމެވެ. މިސަބަބަށްޓަކައި ﷲ عز وجل ވަޙީ ކުރެއްވިއެވެ: ﴿وَٱلۡفِتۡنَةُ أَشَدُّ مِنَ ٱلۡقَتۡلِۚ﴾ (އަދި قتل ކުރުމަށްވުރެ فتنة ވެރިކަމުގެ ނުބައިކަން ބޮޑެވެ.) ﴿وَٱلۡفِتۡنَةُ أَكۡبَرُ مِنَ ٱلۡقَتۡلِۗ﴾ (އަދި قتل ކުރުމަށްވުރެ فتنة ވެރިކަމުގެ ނުބައިކަން މާބޮޑެވެ.) އަދި ފިތުނަ ، މިބަހުގެ މުރާދަކީ ﷲ سبحانه وتعالي އަށް ކުފުރު ވުމެވެ. — އަދި قتل ކުރުމަށްވުރެ فتنة ވެރިކަމުގެ ނުބައިކަން މާބޮޑޭ — އެބަހީ އެ (ކުފުރު) ވުޖޫދުގައި އޮތުމީ، ފެތުރުމީ، ނަފުސުތައް ޤަތުލުވުމަށް ވުރެވެސް ބޮޑުވެގެންވާ ކަމެއް ކަމެވެ. އަދި މިސަބަބަށްޓަކައި ﷲ ޖިހާދު ފަރުޟު ކުރެއްވިއެވެ. އެއީ ނަފުސުތައް ވީދުނަސް އެއިލާހަށް އަޅުވެތިވުން ޤާއިމުކުރެއްވުމަށް ޓަކައެވެ. އަދި މިއީ ޝަރުޢީ ވަޞީލަތްތަކުގެ ތެރެއިން އަދި ލަނޑުދަނޑިތަކުގެ ތެރެއިންވާ ކަމެކެވެ.
މިހެންކަމުން، މަގުފުރެދުމާއި ކުފުރާއި ޒިންދީޤުވަންތަ ފޮތްތައް ވިއްކައި މީހުންތެރޭ ފެތުރުމަށް ހުއްދަ ކުރާ މީހުން، ފަހެ ޝައްކެއްނެތި އެވެރިންގެ ޖުރުމް (ކުށް) އަދި މަގުފުރެދުން ނުހަނު ބޮޑުވެގެން ވެއެވެ. އެހެނީ ފިތުނަ އަށް ނޫނީ މީހުން މެރުމަށް ހަތިޔާރު ވިއްކުންވެސް ﷲ سبحانه وتعالي ޙަޟުރަތުގައި، ކުފުރާއި އިލްޙާދާއި ޒަންދަޤާ ގެ ފޮތްތައް ވިއްކުމަށްވުރެ ނުބައިކަން ކުޑަވެގެން ވެއެވެ. ❝
=
⚠️ ʿAbdul Malik Al-ʿAlwān: I asked my father about his ﷺ 's saying about his Lord:
(من يدعوني فأستجيب له؟)
"Is there anyone to invoke Me, so that I may respond to invocation?" ⁽¹⁾
Allah's Messenger (ﷺ) said, "Our Lord, the Blessed, the Superior, comes every night down on the nearest Heaven to us when the last third of the night remains, saying: "Is there anyone to invoke Me, so that I may respond to invocation? Is there anyone to ask Me, so that I may grant him his request? Is there anyone seeking My forgiveness, so that I may forgive him?"Читать полностью…
حَدَّثَنَا عَبْدُ اللَّهِ بْنُ مَسْلَمَةَ، عَنْ مَالِكٍ، عَنِ ابْنِ شِهَابٍ، عَنْ أَبِي سَلَمَةَ، وَأَبِي عَبْدِ اللَّهِ الأَغَرِّ، عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ " يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا حِينَ يَبْقَى ثُلُثُ اللَّيْلِ الآخِرُ يَقُولُ مَنْ يَدْعُونِي فَأَسْتَجِيبَ لَهُ مَنْ يَسْأَلُنِي فَأُعْطِيَهُ مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ ".
”އެއުރެންގެ ގެދޮރުންނާއި، އެއުރެންގެ މުދަލުން ނެރެލާފައިވާ فقير مهاجر ންނަށް (އެ فَىء މުދަލުގައި) حق އެއްވެއެވެ. އެއުރެންނީ اللَّه ގެ حضرة ން فضل ވަންތަވެރިކަމާއި، ރުހިވޮޑިގަތުން އެދޭ މީހުންނެވެ. އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް نصر ދޭ މީހުންނެވެ. އެއުރެންނީ ހަމަ ތެދުވެރިންނެވެ....{سورة الحشر} ~ ގަލަންދާނު Читать полностью…
...އަދި އެއުރެންގެ ފަހުން އައި މީހުން ބުނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށާއި، އަދި އަޅަމެންނަށްވުރެ ކުރިން إيمان ވި، އަޅަމެންގެ أخ ންނަށް ފާފަފުއްސަވާނދޭވެ! އަދި إيمان ވި މީހުންނަށް އަޅަމެންގެ ހިތްތަކުގައި حسد ވެރިކަމެއް ނުލައްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ނުހަނު އޯގާވަންތަ، رحيم ވަންތަ ރަސްކަލާނގެއެވެ.“
❝ Looking at the sky and contemplating it is an act of worship, as in Allah taʿālā's statement:
▶️أَفَلَا يَنظُرُونَ إِلَى ٱلۡإِبِلِ كَيۡفَ خُلِقَتۡ ▫️ وَإِلَى ٱلسَّمَآءِ كَيۡفَ رُفِعَتۡ◀️
Do they not ever reflect on camels [or rain clouds] ⁽¹⁾ —how they were ˹masterfully˺ created • And the sky—how it was raised ˹high˺;
The Prophet ﷺ would often raise his gaze to the sky, as narrated in ˹Al-Bukhārī's˺ Al-Ṣaḥīḥ, from the ḥadīth of Abū Mūsā.⁽²⁾
Looking at it and contemplating it creates awe for its Creator, glorification of Him, humility, and is a relinquisher of the inner self (nafs).
— ʿAbdul ʿAzīz Al-Ṭarīfī
Tafsīr Wal-Bayān, Al-Aʿrāf (v3, p. 1298)
#التفسير_والبيان
~ Galandān 🖋
------------------
[1] Qurʾān (88:17) Another possible translation of this verse is: “Do they not ever reflect on rainclouds—how they are formed?” (Clear Qurʾān)
[2] Ḥadīth of Abū Mūsā, Ṣaḥīḥ Al-Bukhārī 6383
النظرُ إلى السماءِ والتفكُّرُ فيها عبادةٌ؛ كما في قولِهِ تعالى: (أَفَلَا يَنْظُرُونَ إِلَى الْإِبِلِ كَيْفَ خُلِقَتْ وَإِلَى السَّمَاءِ كَيْفَ رُفِعَتْ)، وكان النبيُّ عليه الصلاة والسلام يَرفعُ بصرَهُ إلى السماءِ كثيراً كما في «الصحيحِ»؛ مِن حديثِ أبي موسى، والنظرُ إليها والتفكُّرُ فيها يُورِثُ هَيْبةً لخالِقِها، وتعظيماً له، وتواضُعاً وكَسْراً للنَّفْسِ.Читать полностью…
عبد العزيز الطريفي
#التفسير_والبيان
الأعراف (٣ص١٢٩٨)
It is Sunnah to look at the sky when supplicating ˹outside the prayer˺, which is more awe-inspiring and insistent.
▶️قَدۡ نَرَىٰ تَقَلُّبَ وَجۡهِكَ فِى ٱلسَّمَآءِۖ◀️
Indeed, We see you ˹O Prophet˺ turning your face towards heaven.
It is an abandoned Sunnah.
Al-Miqdād said: The Prophet ﷺ raised his head to the sky, so I said to myself: “Now he is supplicating.”
— ʿAbdul ʿAzīz Al-Ṭarīfī
~ Galandān 🖋
يسن النظر إلى السماء عند الدعاء وهو أهيب وألح (قَدْ نَرَى تَقَلُّبَ وَجْهِكَ فِي السَّمَاءِ) وهو سنة مهجورة قال المقداد: رفع النبي عليه الصلاة والسلام رأسه إلى السماء فقلت: الآن يدعو. Читать полностью…
⚠️އަދި ބައެއްމީހުން ދައުވާ ކުރާފަދައިން، އަޑުހަރުކޮށް ކިޔައިގެން ދިކުރުގައި އޮޅުން އެރުން، މިއާއިމެދު ދަންނައެ: ފަހެ މިއީ އޭނާ އޭނާގެ ޛިކުރުގައި ފަރުވާތެރި ނުވެ ހުރުމުގެ ސަބަބުން ވާކަމެވެ. (އަޑުހަރުވުމުގެ ސަބަބުންނެއް ނޫނެވެ.) މިއާ ޚިލާފަށް އެމީހެއްގެ ޛިކުރަށް ފަރުވާތެރިވެ ހުރެއްޖެ މީހާ، އޭނާއަށް ކިޔޭ ނުކިޔޭ އޮޅުން އަރައިގެން ނުދެއެވެ. ❝
(ނޯޓް) ❞ އަދި އަޑު ފާޅުކުރުން (الجهر) ގެ މާނައަކީ، އަނެކާއަށް އަޑު އިވުމުގެ ޤަޞްދާއިއެކު އަޑު ގަދަކޮށްލުމެވެ. އެއީ އަނެކާއަށް އެއަޑު ނުއިވުނަސް އެވެ. އަދި (الإسرار) ސިއްރުން ކިޔުމުގެ މާނައީ: އަނެކާއަށް އިއްވުމުގެ ޤަޞްދު ނުވާ ގޮތުގައި އަޑު މަޑު ކުރުމެވެ. އެއީ އެހެން މީހަކަށް އެޑައު އިވުނަސް އެވެ.
މިބުނެވުނު މިކަމުގެ ސާފު އަޞްލަކީ، الجهر އާއި الإسرار ދެމެދު ފަރަޤު ކުރުމަށް ނުހަނު ފައިދާހުރި އެއްޗެކެވެ.
އެގޮތުން: الجهر ގައި މިވަނީ އަޑުހަރު ކުރުމެވެ. އަދި الإسرار ގައި މިވަނީ އަޑު މަޑުކުރުމެވެ.
އަދި الجهرގައި ވަނީ އަނެކާއަށް އަޑު އިއްވުމުގެ ޤަޞްދެވެ. އަޑު ނީވުނެއް ކަމަކުއެވެ. އެއީ މިޘާލަކަށް ބީރުކަމެއް ހުރި މީހަކަށް ވެގެން ނޫނީ ދުރުގައި ހުރުމުން ފަދައެވެ.
އަދި الإسرار ގައި އަނެކާއަށް އަޑު އިއްވުމުގެ ޤަޞްދެއް ނޯވެއެވެ. އަޑު އިވުނެއް ކަމަކުއެވެ. އެއީ މިޘާލަކަށް ކަންފަތް ތޫނު މީހެއް ނޫނީ ވަރަށް ކައިރީގައި ހުރި މީހެއް ފަދައެވެ.
މިފަރަޤުގެ ތަފްޞީލަކީ ޢިލްމީގޮތުން އޮޅުން ބޮޑު ކަމެއްގެ ކަވި ތަފްޞީލެކެވެ. އަބުލް ފަތުޙް އިބްނު ދަޤީޤުލް ޢީދު އަލްމާލިކީ އައްޝާފިޢީ ކަކޭގެފާނު ޚުދު الجهر އާއި الإسرار ފަރަޤު އެނގިވަޑައި ނުގަންނަވާކަމުގައި ވިދާޅުވިއެވެ. އެއީ އެކަލޭގެފާނީ މީސްތަކުން ތެރެއިން އެންމެ ވިސްނުންތޫނު އެއްބޭފުޅަކަށް ވީހިނދުގައެވެ. އެހެނަސް މިމައްސަލައަކީ ނުލާހިކު ނުސާފުކަންބޮޑު މައްސަލައެއް ކަމުގައިވެފައި، އޭގައި ރާޖިޙު ބަހެއް އެކަލޭގެފާނަށް އެނގިވަޑައިނުގެންނެވުމުން، އެކަން އަމިއްލަ ނަފުސަށް ނޭނގޭ ކަމުގައި ނިންމެވީއެވެ. ❝
— ޞާލިޙް އަލްޢުޞައިމީ (ޝަރްޙް ބާޤިޔާތުއް ޞާލިޙާތު، ޞ. 30 ، 31 )
~ ގަލަންދާނު 🖋
The Sunnah, according to some people, is that it should all be recited quietly. According to others—which is the most correct opinion, and Allah knows best—it should all be recited aloud, except for Ayat al-Kursī, which was excluded by consensus. This is because those who say that the remembrances should be recited quietly or aloud have both excluded Ayat al-Kursī from being recited aloud, placing it in the category of what should be recited silently. Thus, reading it silently is specific to it, unlike all the other remembrances that come after the prayer.
What is meant by "raising" the voice is an action that does not disturb others, such as when a person is praying and wishes to complete their prayer. If someone is praying nearby and is continuing to complete a rakʿah or two, then the person should not recite aloud, lest they disturb that individual.
However, if he is in the presence of a group of people gathered together who have prayed the prayer in full—like our prayer these days in the Ḥaram (the Sacred Mosque)—as those who haven't completed it are almost always outside the Ḥaram, then this does not cause any harm to other Muslims. There is no one praying at that time; rather, everyone is reciting Adhkār, and everyone is reciting aloud, taking charge of their own remembrance. What some people claim—that raising the voice confuses someone in the midst of recitation—is due to their lack of care in taking charge of their remembrances; otherwise, someone who is concerned with controlling their remembrance knows what they are saying.❞
— Shaykh Ṣāliḥ Al-ʿUṣaymī (Sharḥ Bāqiyāt Al-Ṣāliḥāt, p. 30-31)
~ Galandān 🖋
⚠️ ފަރުޟު ނަމާދުތައް ނިމުމުން ސަލާމް ދިނުމާއި އެކު الله أكبر ކިޔައި ތަކްބީރު ކިޔުމުގެ މައްސަލަ
❞ އިބްނު ޢައްބާސްގެ މިޙަދީޘް މައްޗަށް، އިމާމު މީހާ (އަދި މައުމޫމުން) ސަލާމްދީ ނިމުމަށްފަހު ތަކްބީރު ކިޔުން ޝަރުޢުވެގެންވޭ ހެއްޔެވެ؟ އެކަލޭގެފާނު رضي الله عنهما ވިދާޅުވިޔޭ: ”ނަބިއްޔު ﷺ ނަމާދުން އަވަދިވެވަޑައިގަތްކަން އަހަރެންނަށް އެނގެނީ ތަކްބީރުގެ ސަބަބުންނެވެ.“⁽¹⁾
ބައެއް ފިޤުހުވެރިންނަށް މިޙަދީޘުން ފަހުމުވެވަޑައިގަތީ އިމާމު މީހާ ސަލާމް ދިނުމާއި އެކު: ”الله أكبر“ އޭ ކިޔުން ކަމުގައެވެ. އަދި އަބޫ ދާވޫދު މިޙަދީޘު ލިޔުއްވި އިރުގައި އެ ބާބު ކުރެއްވީ ”ބާބު: ނަމާދަށް ފަހުގައިވާ ތަކްބީރު“ — މީގެ ދަށުންނެވެ. އެހެނަސް މިއީ ބަލިކަށި ޤަޥްލެކެވެ. އެއީ ތަފާތު އެތައް ސަބަބެއްގެ މައްޗަށެވެ:
⬆️ ފުރަތަމަ ކަމަކީ: ނަބިއްޔު ﷺ ސަލާމްދެއްވުމާޢި "ވިދިގެން" ތަކްބީރު ކިޔުއްވައެކޭ އިބްނު ޢައްބާސް رَضِيَ ٱللَّٰهُ عَنْهُ ވިދާޅެއް ނުވެއެވެ. އެހެނަސް ވިދާޅުވީ ނަމާދުން އަވަދިވެޑައިގަންނަވައިފި ކަން އެނގެނީ އެކަމުން ކަމުގައެވެ. އެބަހީ އިރުގަނޑެއްގެ ފަހެވެ. އެހެނީ ނަމާދުން އަވަދިވުން އަޞްލުގައި އެނގިގެންދަނީ ސަލާމް ގެ އަޑުންނެވެ. އަދި މިތާނގައި އިބްނު ޢައްބާސް މިވިދާޅުވީ ތަކްބީރުގެ ވާހަކައެވެ. ވީމާ މިއިން އަންގައިދެނީ އެއީ އިރުގަނޑެއްގެފަސް ކަމެވެ.
⬆️ދެވަނަ ކަމަކީ: އިމާމް މުސްލިމް ގެ "ޞަޙީޙު" ގައި ޘަޥްބާނުގެފާނުގެ އަރިހުން ވާރިދުވެފައިވެއެވެ: ރަސޫލު ﷲ ﷺ ނަމާދުން އަވަދިވެވަޑައިގަންނަވާ ހިނދު، 3 ފަހަރު އިސްތިޣްފާރު ކުރެއްވުމަށްފަހު، «اللهم أنت السلام ومنك السلام،تباركت ذا الجلال والإكرام» މިހެން ޛިކުރު ކުރައްވައެވެ.“⁽²⁾ ދެން މީސްތަކުންނާ ދިމާލަށް އެނބުރިވަޑައިގަންނަވައެވެ. އެހެންކަމުން ނަމާދުން އަވަދިވުމާއިއެކު ނަބިއްޔު ﷺ ފުރަތަމަ ފައްޓަވާ އެއްޗަކީ މިއީއެވެ.
⬆️ތިންވަނަ ކަމަކީ: މިކަންތަކީ އެއްވެސް ޞަޙާބީއެއް އަރިހުން އެއްވެސް ގޮތެއްގައި އައިސްފައިވާ ކަމަކަށް ނުވުމެވެ. އަދި އެބޭކަލުންނީ އޭގެ ފަހުން އައި މީސްތަކުންނަށްވުރެ ނައްޞުތައް ފަހުމް ކުރެއްވުމުގައި އެންމެ މޮޅުއިތުރު ބޭކަލުންނެވެ. މިހެންކަމުން މިކަންތައް މިފަދައިން ފަހުމްވި މީހުން ކަމުގައިވީ އެބޭކަލުންނަށްވުރެ ފަހުން އައިމީހުންނެވެ. އަދި މިއީ އެއްވެސް އަޞްޙާބު ބޭކަލެއްގެ ޤަވްލެއް ނެތް ކަމެކެވެ.
⬆️ހަތަރުވަނަ ކަމަކީ: އިބްނު ޢައްބާސް ގެ މިރިވާޔަތުގެ ލަފުޡު ތައް ތަފާތުކޮށް އައިސްފައި ވުމެވެ. އެގޮތުން ބައެއް ފަހަރު ތަކްބީރޭ އޮތް އިރު، އަނެއްބައި ފަހަރަށް ވަނީ ޛިކުރު ⁽³⁾ ކަމުގައެވެ. އަދި "ޛިކުރު" ގެ ތެރޭ އިސްތިޣްފާރު ޝާމިލުވެއެވެ. އަދި اللهم أنت السلام.. އާއި މިނޫން ތަކެތިވެސް ޝާމިލުވެއެވެ. އަދި އިބްނު ޢައްބާސް ތަކްބީރު ކަމަށް ވިދާޅުވި ބަސްފުޅު މާނަކުރަުންވަނީ، އިތުރުއެކަލޭގެފާނުން އިސްތިޣްފާރު ކުރައްވައި ﷲ ޛިކުރު ކުރައްވައި، سبحان الله والحمد لله والله أكبر ގެ ތަސްބީޙަތައް ކިޔުއްވުމުގެ މައްޗަށެވެ. އެހެންކަމުން އެއަށް ތަކްބީރޭ ވިދާޅުވެ ނަޤުލުކުރެވުނެވެ. އެހެނީ އޭރު އެކަލޭގެފާނު ވަރަށް ތުއްޕުޅެވެ. ނަބިއްޔު ﷺ އަވަހާރަވެވަޑައިގެންނެވިއިރު އެކަލޭގެފާނުގެ އުމުރުފުޅަކީ 13 އަހަރެވެ. އަދި މިއީ ނަބިއްޔު ﷺ އަވާހަރަވެވަޑައިގަތުމުގެވެސް އެތައް ޒަމާނެއް ކުރީގެ ވާހަކައެއް ކަމުގައިވެސް ވެދާނެއެވެ. ވީމާ އެއީ އެކަލޭގެފާނު ވަރަށް ތުއްޕުޅުއިރުގައެވެ.
⬆️އެންމެ ފަހު ކަމަކަށް: މިޙަދީޘަކީ ˺ޞަރީޙަކަމެއްނެތް˹ ޖުމްލަވީ މާނައެއްވާ ޙަދީޘެކެވެ. އަދި ޖުމްލަވީ މާނައިގައިވާ ޙަދީޘުތައް ވަނީ ސާފު ޞަރީޙާ ސީދާ ޙަދީޘުތަކަށް ރައްދުކުރުމެވެ. އަދި ˺ނަމާދުން އަވަދިވެވަޑައިގެން˹ ނަބިއްޔު ﷺ އިސްތިޣްފާރު ނޫން އެއްޗަކުން ނުފައްޓަވާ ކަމީ ސާފު ޞަރީޙާ ސީދާ ޙަދީޘުތަކުން އޮތް ޤަޥްލެވެ. ޢާއިޝާ رضي الله عنها ގެ ޙަދީޘާއި⁽⁴⁾ އެނޫން ޙަދީޘުތަކުން ދަލީލު އޮތީ މިފަދައިންނެވެ. އަދި އެއަށްފަހު ކިޔުއްވި ޛިކުރަކީ اللهم أنت السلام.. ކަމުގައެވެ. ދެން ޢަޞްޙާބުބޭކަލުންނާއި ދިމާލަށް އެނބުރިވަޑައިގެންނެވިކަމެވެ. ދެން ޙަދީޘްތަކުގައި ވާރިދުވެފައިވާ ފަދައިންް ﷲ جل وعلا އަށް ޛިކުރުތަސްބީޙަ ކިޔުއްވިކަމެވެ. ހުރިހާ ދަލީލުތަކާއި ނައްޞުތައް ޖަމަޢަކުރުމުން ފާޅުވާ އެއްޗަކީ މިއެވެ. ❝
— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން (އޯޑިއޯ)
~ ގަލަންދާނު 🖋
ــــــــــــــــ
[1] އިބްނު ޢައްބާސްގެ އަރިހުން: އަލްބުޚާރީ (842)، މުސްލިމް (583 a) (b 583)، އަބޫ ދާވޫދު (1002)، އައްނަސާއީ (1335)
[2] ޘަޥްބާން ގެ އަރިހުން، މުސްލިމް (591) ، އަބޫ ދާވޫދު (1513)، އައްތިރުމިޛީ (300)، އައްނަސާއީ 3/68، އިބްނު މާޖާ (928) ، އަޙްމަދު (5/275)، އައްދާރިމީ (1(311)، އަލްބައިޙަޤީ (2/183) އަދި އިބްނު ޚުޒައިމާ (1/363)
[3] އިބްނު ޢައްބާސްގެ އަރިހުން: އަލްބުޚާރީ (841) މުސްލިމަ (583 c) އަބޫ ދާވޫދު (1003)
[4] މުސްލިމް (592) އައްތިރުމިޛީ (298)، އަބޫ ދާވޫދު (1512)، އައްނަސާއީ (1338)، އިބްނު މާޖާ (924)
❝ The Muslims' joy at the calamity of their warring enemy is evidence of faith. The believer's soul experiences pain, and his heart feels anger, which Allah has alleviated with the calamity of his enemy.
▶️وَيَشۡفِ صُدُورَ قَوۡمٍ مُّؤۡمِنِينَ ▫️ وَيُذۡهِبۡ غَيۡظَ قُلُوبِهِمۡۗ◀️
“...and (through it) healing the breasts of a believing people * And removing rage from their hearts.” [At-Tawbah 14, 15] ❞
— ʿAbdul ʿAzīz Al-Ṭarīfī (text)
~ Galandān 🖋
❞ އިމްތިޙާނެއް ޖެއްސެވިފައިވާ މީހެއް ފެނިއްޖެނަމަ ދަންނާށެވެ. ﷲ ގެ ރަޙުމަތާއި އޯގާތެރިކަން ފިޔަވައި އެއްޗެއް، ތިބާއާއި އޭނާއާއި ދެމެދަކު ނުވެއެވެ. އަދި ޙަދީޘު ރިވާޔަތަކުން އައިސްފައި ވެއެވެ: (تظهر الشماتة لأخيك فيرحمه الله و يبتليك) ⁽¹⁾ ”ތިބާގެ އަޚާއަށް ލިބޭ ހިތްދަތިކަމުގައި އުފާވެރި ނުވާށެވެ. ފަހެ އޭނާއަށް ﷲ ރަޙުމް ކުރައްވަފާނެތެވެ. އަދި ތިބާއަށް ބަލާ ޖައްސަވާފާނެތެވެ. ❝
— ޢަބްދުލް ޢަޒީޒް އައްޠަރީފީ (ބަސްކޮޅު)
~ ގަލަންދާނު 🖋
ـــــــــــــــــــــ
[1] މިއީ ޘާބިތުނޫން ޙަދީޘެކެވެ. އެޙަދީޘު ނަބިއްޔު ﷺ އަށް ނިޞްބަތްވާ އެއްވެސް އަޞްލެއް ނުވެއެވެ. އެހެނަސް އެބަސްކޮޅުން ދޭހަވާ މާނަ ޞައްޙައެވެ. އަދި ޤުރުއާނާއި ސުންނަތުގެ ޢާންމު އިރުޝާދުތަކާއި އެއްބަސްވެއެވެ. އަދި ﷲ ވަޙީ ކުރެއްވިއެވެ: {يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا يَسۡخَرۡ قَوۡمٌ مِّن قَوۡمٍ عَسَىٰٓ أَن يَكُونُواْ خَيۡرًا مِّنۡهُمۡ} ”އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ.“Читать полностью…
📝 ޖަމާޢަތެއްފުށުން ސަލާމަށް އެކަކު ރައްދުދިނުން
▶️وَإِذَا حُيِّيتُم بِتَحِيَّةٍ فَحَيُّواْ بِأَحۡسَنَ مِنۡهَآ أَوۡ رُدُّوهَآۗ ◀️
ތިޔަބައިމީހުންނަށް އެއްވެސްކަހަލަ سلام އަކުން سلام ކޮށްފިނަމަ، އެއަށްވުރެ ރިވެތި سلام އަކުން ތިޔަބައިމީހުން سلام ކުރާށެވެ! ނުވަތަ އެ سلام ރައްދުކުރާށެވެ!
❞ ޖަމާޢަތެއްގެ ފުށުން އެކަކު ˺ސަލާމުގެ˹ ރައްދު ދިނުމާއިމެދު އެބޭކަލުން (ޢިލްމުވެރިން) ޚިލާފުވެލެއްވިއެވެ: އޭގެން ފުދޭނެހެއްޔެވެ؟ ނުވަތަ ނޫންހެއްޔެވެ؟
އެގޮތުން ˺އިމާމް˹ މާލިކާއި އައްޝާފިޢީ އެއިން ފުދޭނޭ ކަމަށް ކަނޑައެޅުއްވިއެވެ. އަދި އޭގެން ސަލާމް ގޮވުނު ފަރާތުން އެއާއި އެއްފަދަ ރައްދެއް ދެވިއްޖެކަމެވެ.
އެހެނަސް ކޫފާގެ ބޭކަލުން (ޙަނަފީން) ކަނޑައެޅުއްވީ އެސަލާމަށް ރައްދުދިނުމީ ˺ޖަމާޢަތުގައިވީ ކޮންމެ ވަކި ފަރުދެއްގެ މައްޗަށް˹ ޢައިނިއްޔަ ފަރުޟެއްކަމެވެ. ބުނޫއެވެ: ސަލާމް ގޮވުމާއި އެއަށް ރައްދުދިނުން ތަފާތުވެގެން ވެއެވެ. އެހެނީ އެކަން އިސްވެކުރުމީ (تطوع) ސުންނަތް ކަމެކެވެ. އަދި އެއަށް ރައްދުދިނުމީ ފަރުޟުވަންތަ ކަމެކެވެ. އަދި ސަލާމް ގޮވުނު ފަރާތް ނޫން އެހެން ފަރާތަކުން އެއަށް ރައްދުދިނަސް އެއަށް ރައްދުދިނުމުގެ ފަރުޟު އެސަލާމް ގޮވުނު ފަރާތުގެ ބޮލުން ކެނޑިގެން ނުދާ ކަމުގައެވެ. އެހެން ކަމުން ކޮންމެ ފަރުދެއްގެ މައްޗަށް ސަލާމަށް ރައްދުދިނުން ލާޒިމުވުން މިއިން ދަލީލުކުރާކަމުގައެވެ. އެއީ ˺މިމައްސަލާގައި ވަރުގަދަޔަށް ހިއްޕެވި މިންވަރުން˹ ޤަތާދާ އާއި އަލްޙަސަން މިހެން ވިދާޅުވުމާއި ހަމައަށެވެ: ”ނަމާދު ކުރަން ހުރެއްޖެ މީހާއަށް ސަލާމް ގޮވިއްޖެނަމަ އޭނާ އެއަށް އަނގަބަހުން ރައްދު ދިނުން ވެއެވެ. އަދި އެއިން އޭނާގެ ނަމާދު ބާޠިލުނުވެއެވެ. އެހެނީ އޭނާ އެކުޅައީ އޭނާއަށް އަމުރުވެވިގެންވީ ކަމެކެވެ.“
އަދި މިބުނުމުގެ ޚިލާފުގައިވާ ބޭކަލުން، ފުރަތަމަ އެއްޗަކަށް ޙުއްޖަތް ގެންނެވީ އަބޫ ދާވޫދު، ޢަލިއްޔު ބުނު އަބީ ޠާލިބު އަރިހުން ނަބިއްޔު ﷺ އަރިހުން ރިވާކުރެއްވި ޙަދީޘެވެ. ޙަދީޘް ކުރެއްވިޔޭ:
يُجْزِئُ عن الْجَماعَةِ إِذَا مَرُّوا أَنْ يُسَلِّمَ أَحَدُهُمْ، وَيُجْزِئُ عن الْجُلُوسِ أَنْ يَرُدَّ أَحَدُهُمْ
ބައިގަނޑަކު ހިނގާފައި ދާނަމަ އޭގެން އެކަކު ސަލާމް ދިނުން ފުދެއެވެ. އަދި އިށީނދެ ތިބިބަޔަކު ތެރެއިން އެކަކު (ސަލާމަށް) ރައްދު ދިނުމުން ފުދެއެވެ.
يسلم القليل على الكثير
މަދު މީސް ގިނަ މީސްތަކުންނަށް ސަލާމް ގޮވާށެވެ.
يسلم الراكب على الماشي وإذا سلم واحد من القوم أجزأ عنهم
ސަވާރީގައިވާ މީހާއަށް ވަނީ ހިނގައިފާދާ މީހާއަށް ސަލާމް ގޮވުމެވެ. އަދި އެކަކު މުޅި އެންމެން ފަރާތުން ސަލާމް ގޮވުމުން ފުދެއެވެ.
💎 ބައެއް ފަތްފުށްތަކުގައި ވެއެވެ:
އިންސާނާގެ ފުށުގައި ތިނެއްޗެއް ވެއެވެ: ބަދުފާލާއި، ޝައްކާއި ޙަސަދައެވެ.
⬆️ބަދުފާލުން ސަލާމަތްވުމުގެ މަގަކީ: ނުއެނބުރުމެވެ.
⬆️ހީ އިން ސަލާމަތްވުމުގެ މަގަކީ: ނުފުއްދުމެވެ.
⬆️ޙަސަދައިން ސަލާމަތްވުމުގެ މަގަކީ: އަނިޔާވެރި ނުވުމުންނެވެ.
ޝަރަޙަ:
⬆️ނުއެނބުރުން، އެބަހީ: އޭނާގެ މަގުޞަދުންނެވެ. އަދިކިއެއްތަ؟ އެމަޤުޞަދުގައި ކުރިޔަށް ދިޔުމަށް ޢަޒުމު ކަނޑައަޅައި ރައްބަށް ތަވައްކަލް ކުރާނީއެވެ.
⬆️ނުފުއްދުން، އެބަހީ: އޭނާގެ ހީގެ މައްޗަށް އޭނާ ޢަމަލުނުކުރުމެވެ. އަދިކިއެއްތަ؟ އެއީ ކަށަވަރު އެއްޗެއް ގޮތުގައި ދެކުމުންނާއި އެހިޔަށް ޢަމަލުކުރުމުން ވީއްލިގަތުމެވެ.
⬆️އަނިޔާވެރި ނުވުން، އެބަހީ: ޙަސަދަލެވުނު ފަރާތަށެވެ. އޭނާއަށް ގެއްލުމެއް ދިނުމުންނާއި އޭނާގެ ނިޢުމަތް ނެތިދިިޔުމަށް އުއްމީދު ލުމުންނެވެ.
— ބަސްކޮޅު ، އަޞްލު: އަލްމަނާވީ "فيض القدير" (3 / 402) (4 / 595)
~ ގަލަންދާނު 🖋
ـــــــــــــ
ނޯޓް: މި ބަސްކޮޅު މަރުފޫޢު ކޮށް ރަސޫލު ﷲ ﷺ އަރިހުން ސަނަދާއިއެކު ތަފާތު މަގުތަކަކުން ރިވާވެފައިވެއެވެ. އެހެނަސް އެއެންމެހާ ސަނަދުތަކެއްވެސް ޟަޢީފެވެ. (ތަފްޞީލް)
❞ އީމާން ކަމުގެ އަހުލުން 4 ޞިފަޔަކުން ﷲ ވަނީ ޞިފަކުރައްވާފައެވެ. ވީމާ މިޞިފަތަކާއި ތިބާއާއި ހުރިނެތްގޮތް ރަނގަޅަށް ބަލާށެވެ:
▫️📖▫️▶️أَذِلَّةٍ عَلَى ٱلۡمُؤۡمِنِينَ أَعِزَّةٍ عَلَى ٱلۡكَٰفِرِينَ يُجَٰهِدُونَ فِى سَبِيلِ ٱللَّهِ وَلَا يَخَافُونَ لَوۡمَةَ لَآئِمٍۚ◀️
⬆️އެއީ مؤمن ންގެ މައްޗަށް އޯގާވެރި، މަޑުމައިތިރި ބަޔެކެވެ.
⬆️كافر ންގެ މައްޗަށް ގަދަފަދަ عزّة ތެރި ބަޔެކެވެ.
⬆️اللَّه ގެ މަގުގައި އެއުރެން جهاد ކުރާނެތެވެ.
⬆️އަދި މަލާމާތްކުރާ މީހެއްގެ މަލާމާތަކަށް އެއުރެން ބިރެއް ނުގަންނާނެތެވެ.
— ޝެއިޚް ސުލައިމާން އަލްޢަލްވާން
~ ގަލަންދާނު
وصف الله أهل الإيمان بأربع صفات فانظر أين أنت من هذه الصفات؟ ﴿أَذِلَّةٍ عَلَى الْمُؤْمِنِينَ أَعِزَّةٍ عَلَى الْكَافِرِينَ يُجَاهِدُونَ فِي سَبِيلِ اللَّهِ وَلَا يَخَافُونَ لَوْمَةَ لَائِمٍ﴾.Читать полностью…
~ Galandān 🖋
على ما في العالم اليوم من الأحداث المؤلمة، فإن الأمل كبير في النصر، وقد كشفت الأحداث مزيداً من المنافقين وميزت الصفوف وأظهرت الخونة على حقيقتهم.Читать полностью…
③
ޚުލާސާކޮށް،
ޢިލްމުގައި ކިތަންމެ ހަމައަކަށް ދިޔައަސް ބާޠިލުގެ އަހުލުންގެ ފިކުރުތަކުން އޮޅުން އަރައިދިޔުމަކަށް ބުއްދީގެ އަހުލުވެރިޔަކަށް އަމާންކަމެއް ނުވެއެވެ. އެހެނީ ﷲ އެއިލާހުގެ މަޢުޞޫމު ނަބިއްޔު އާއިމެދު ވަޙީ ކުރެއްވިއެވެ:
▶️وَلَوۡلَآ أَن ثَبَّتۡنَٰكَ لَقَدۡ كِدتَّ تَرۡكَنُ إِلَيۡهِمۡ شَيۡئًا قَلِيلًا◀️
އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ގަދަކަންދެއްވައި، ثابت ކޮށް ނުދެއްވިނަމަ، ހަމަކަށަވަރުން، ކަލޭގެފާނު އެއުރެންނަށް ހިސާބަކަށް ލެނބިވަޑައިގަތުން ގާތްވީހެވެ.
ފިކުރިއްޔާތުގައި މަގުފުރެދުނު ގިނަ މީހުން، މަގުފުރެދިފައިވާ ފޮތްތައް ކިޔާން މަގުއޮޅުމުން އަމާންވެތިބިކަމަށް ދެކިގެނެވެ. ފަހެ އެއަކުން ﷲ އެއިލާހުގެ ނަބިއްޔާއަށް ރައްކާތެރިވުމަށް އެންގެވި އެއްޗަކަށް އަމާން ނުވާށެވެ:
▶️وَٱحۡذَرۡهُمۡ أَن يَفۡتِنُوكَ عَنۢ بَعۡضِ مَآ أَنزَلَ ٱللَّهُ إِلَيۡكَۖ◀️
އަދި اللَّه، ކަލޭގެފާނަށް ބާވައިލެއްވި ބައެއް آية ން ކަލޭގެފާނު އެއްކިބާކޮށްފާނެކަމަށް އެއުރެންނާމެދު ރައްކާތެރިވެ ވަޑައިގަންނަވާށެވެ!
ބާޠިލު ފޮތްތައް ނުކިޔާށެވެ. އެއީ ޙައްޤުގައި ތިބާ ދެމިހުރުމަށްޓަކައެވެ. ބާޠިލުގައި ބާރެއް އޮތުމުންނެއް ނޫނެވެ. އެހެނަސް ތިބާގެ ފުށުގައިވާ ބަލިކަށިކަމުންނެވެ. އެހެނީ ޢިލްމުތަކަކީ ފެންފަދަ އެއްޗެކެވެ. ޖާހިލަކު ކަރުތާފެނަށް ގެނބެއެވެ. އަދި މާހިރަކު ބިޔަ ކަނޑުގައި ފަތައެވެ.
— އައްޝައިޚް ޢަބްދުލް ޢަޒީޒް އައްޠަރީފީ
(މަޞްދަރު މިވީޑީއޯ އިން ޚުލާޞާ ގޮތެއްގައި، އަދި ނިންމާލުމުގައިވާ "ޚުލާޞާ" އަކީ އައްޠަރީފީގެ ޓްވީޓަރ އިން)
~ ގަލަންދާނު 🖋
⬆️ ކުފުރާއި މަގުފުރެދުމުގެ ފޮތްތަކާއި ލިޔެކިޔުން ފެތުރުމާއި، އެތަކެތި ކިޔުމާއިމެދު އިންޒާރު [އަދި މީގެ މައްޗަށް: ބިދުޢައިގެ ތަކެތިން ދުރުހެލިވުމުގެ ވާޖިބު]
①
❞ އިލްޙާދާއި ފިކުރު ތަޣައްޔަރު ކުރާ ފޮތްތައް ވިއްކުން ވަރަށް ގިނަ މީހުން މާބޮޑުކަމަކަށް ނުހެދިޔަސް، ފިހާރައެއް ނޫނީ ފަރުދީގޮތެއްގައި އެކިޔާލަން ދީ ހެދުންވެސް ނުބައިވެގެންވެއެވެ. ﷲ ވަނީ ޙައްޤު ބަޔާން ކުރައްވާފައެވެ. އަދި އެއިލާހުގެ ނަބިއްޔު ﷺ އަށް ވަޙީ ބާއްވާލައްވައި އެއިލާހުގެ މަތިވެރިވެގެންވާ ފޮތުގައި އެގެންނަވާފައެވެ. ނަބިއްޔާ އަށް މިބާއްވައިލެއްވުނު ފޮތާއި އެއްފަދަ އަދި ޖަދަލުވެވޭނޭ އެއްޗެއް ނުވެއެވެ. އަދި މީހަކަށް އޮޅުމެއްވެސް މަގުފުރެދުމެއްވެސް ނާދެ އެހެނަސް ﷲ އެއަކަށް އެމީހަކަށް މަގުދައްކަވައި ފޮތުން ބަޔާން ނުކުރައްވައި ނުވެއެވެ.
ﷲ تعالي ވަނީ ޙައްޤު އެއިލާހުގެ ފޮތުގައި ބާއްވާލައްވާފައެވެ. އަދި އެއިލާހުގެ ނަބިއްޔު ﷺ ގެ ސުންނަތުން ވެސް އެވެ. އަދި މީސްތަކުންނަށް އެމަގު ޚިޔާރު ކުރުމަށް އަމުރުކުރެއްވިއެވެ. އެހެންކަމުން ތަޥްރާތުން ވިޔަސް އޮޅުވާލެވުނު އިންޖީލުންވިޔަސް އަދި މިނޫންވެސް ﷲ ގެ ކަލާމް ނޫން އެއްޗަކުން ޙައްޤު ހޯދުމަށް އޭނާ އުޅޭނަމަ، މިއީ ވަހުމެކެވެ. އަދި އިންސާނާގެ އުމުރު އެތަކެތީގައި ހުސްވިޔަސް އޭނާއަށް ބާޠިލުތަކުގެ ފޮތްތަކާއި ލިޔުންތަކާއި ފިކުރު ތައް ކިޔައިހޯދައި ނުނިމޭނެއެވެ. އަދި މިސަބަބަށްޓަކައި ބުނެވެއެވެ. ﷲ ޙައްޤު (ހޯދުމުގެ ރާސްތާ) އިންސީންނަށް ކުރުކޮށްދެއްވިއެވެ. އަދި ރަސޫލުންފޮނުއްވެވިއެވެ. އަދި ބުއްދިއަށް ޙިކުމަތް ދެއްވިއެވެ. އެއީ ސަލާމަތުގެ މަގަށް ވާޞިލުވުމަށެވެ. ނަބިއްޔު ﷺ ޙަދީޘް ކުރެއްވިފަދައިން، އެއީ އަބޫ ހުރައިރާގެ އަރިހުން ރިވާ ވެފައިވާ ޙަދީޘް ގައެވެ: ”ބަނީ އިސްރާއީލު ގެ މީސްތަކުން މައްޗަށް ވެރިކުރެވިފައިވީ ނަބިއްޔުންނެވެ. ނަބިއްޔެއް އަވަހާރަވުމާއިއެކު އެހެން ނަބިއްޔެއް އޭގެ ބަދަލަށް ޚަލީފާ ވެރިވެލައްވައެވެ.“
މިއީ އެއުރެންނަށް (ހިދާޔަތުގެ) ރާސްތާ ކުރުކުރެއްވުމުގެ ގޮތުންނެވެ. އެހެނީ މަގުފުރެދުމުގެ ރާސްތާތައް ގިނަގުނަވުމުންނެވެ. އިންސާނާ އެ މަގުތައް ޚިޔާރު ކުރާނަމަ އޭނާގެ އުމުރު އޭގައި ހޭދަވެ، ﷲ ވަޙީއިން އެމަގު ކުރުކުރައްވައި އެއިލާހަށް އަޅުކަންކުރުމަށް އަމުރުކުރެއްވި އޭނާގެ އުމުރު ނަގާލައެވެ. ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ. އެއީ އިބްނު މަސްޢޫދުގެ ޙަދީޘްގައި ވާރިދުވެފައިވާ ފަދައިންނެވެ:
”ރަސޫލު ﷲ ﷺ އަހަރެމެންނަށްޓަކައި (ބިންމަތީގައި) ރޮގެއް ކުރެއްސެވިއެވެ. އެއަށްފަހު ޙަދީޘް ކުރެއްވިއެވެ. ”މިއީ الله ގެ މަގެވެ.“ ދެން އެއަށްފަހު އެކަލޭގެފާނު އޭގެ ކަނާތް ފަރާތުންނާއި ވާތްފަރާތުން އެހެން ރޮނގުތަކެއް ކުރެއްސެވިއެވެ. އެއަށްފަހު ޙަދީޘްކުރެއްވިއެވެ. ”މިއީ (އެހެން) މަގުތަކެކެވެ. މިއިން ކޮންމެ މަގެއްގައި އެމަގަށް ދަޢުވަތުދީ ގޮވާލާ ޝައިޠާނަކުވެއެވެ.“ އެއަށްފަހު އެކަލޭގެފާނު (ޤުރުއާނުގެ އާޔަތް) ކިޔަވާވިދާޅުވިއެވެ. ▶️وَأَنَّ هَـٰذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ ۖ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِ◀️(މާނަޔަކީ ” އަދި ހަމަކަށަވަރުން މިއީ ތިމަން އިލާހުގެ ސީދާވެގެންވާ ތެދުމަގެވެ. އެހެންކަމުން އެމަގަށް ތިޔަބައިމީހުން ތަބާވާށެވެ. (އެހެން) މަގުތަކަށް ތަބާނުވާށެވެ. (އެހެން މަގުތަކަށް ތަބާވެއްޖެނަމަ) الله ގެ މަގުން ތިޔަބައިމީހުން އެއްކިބާވެގެން ހިގައިދާނެއެވެ.)
އިންސާނާ އެހެން މަގުތައް ބަލަން ވެއްޖެނަމަ އޭގެ ގިނަކަމުން އެއިން އަވަދިނުވާނެތެވެ. ސީދާ ވެގެންވާ މަގަކީ އެންމެ މަގެކެވެ. ރޮނގެކެވެ. މިއީ ބަދީހިއްޔަތުގައި (އިންސާނާގެ ބުއްދީގެ އަސާސިއްޔަތުން) ވެސް އެނގޭން އޮތް ކަމެކެވެ. އެއްނުކުތާއިން އަނެއް ނުކުތާއަށް ދެމިފައިވާ އެރޮނގަކީ އެންމެ ރޮނގެއްކަމެވެ. އަދި ޘާބިތުވެވުންވަނީ އޭގައިއެވެ. އަދި އެހެން މަގުފުރެދެނެވި މަގުތަކުގައި ވަނީ އުނދަގުލާއި އޮޅުމެވެ. މިހެންވެ ނަބިއްޔު ﷺ އެކުރައްސަވައި ކިޔަވާވިދާޅުވި އާޔަތުގައި އެވަނީ އެހެން މަގުތަކަށް ގޯޅި ނޭޅުމަށެވެ.
އަދި އުމަރު رَضِيَ اللَّهُ عَنْهُ އަތްޕުޅުގައި އިންޖީލުގެ ފަތްތަކެއްފެނިވަޑައިގެން ސުވާލުކުރެއްވުމުން ބަލާލަން ކަމަށް ދެންނެވުމުން އިތުރުއެކަލޭގެފާނުން ﷺ ޙަދީޘް ކުރެއްވީ މޫސާގެފާނު ދިރިހުންނެވީހީނަމަ ވެސް އެކަލޭގެފާނަށް (محمد ގެފާނަށް) ތަބައުވެވަޑައިގެންވީސް ކަމެވެ. އެބަހީ ނަބިއްޔާ ﷺ ވަޙީ އާއިގެން ވަޑައިގެންނެވުމުން މޫސާ ހުންނެވިނަމަ އެކަލޭގެފާނުވެސް އެނޫން އެއްޗަކަށް ވަޑައިނުގަންނަވާނޭ ކަމެވެ. އެހެންކަމުން އިހުގެ އަދި ފަހުގެ ތަކެއްޗަށް ބަލައިހޯދަނީ ފަހެ ކީއްކުރަން ހެއްޔެވެ؟
=
🔗
ކައިވެނީގެ ފިޤުހު (1) އާއިލީގޮތުން ގާތް ވަލީވެރިޔާ އިސްވުން
/channel/qalandhar/3182
ކައިވެނީގެ ފިޤުހު (2) ކައިވެނި އިއުލާން ކުރުމުގެ ވާޖިބިއްޔަތު
/channel/qalandhar/3185
ކައިވެނީގެ ފިޤުހު (3) ވަލީ އެއް ނުވާ އަންހެނާގެ ވަލީ އަކީ "އައްސުލްތާން" އެވެ.
/channel/qalandhar/3193
ކައިވެނީގެ ފިޤުހު (4) ކަށަވަރުކަން ނެތި ”ފޯނުން ކުރެވޭ ކައިވެނި ބާޠިލެވެ.“
/channel/qalandhar/1051
ކައިވެނީގެ ފިޤުހު (5) މުސްލިމު ވަލީވެރިޔާ ގެ ވަލީ، މުސްލިމު ނޫން މީހެއް ނޫނީ މުރުތައްދަކާއި ހަވާލުކުރެވި، ދެން ކޮށްދެވޭ ކައިވެންޏެއް ގެ ޙުކުމް.
/channel/qalandhar/2250
ކައިވެނީގެ ފިޤުހު (6) އިސްލާމީ ޝަރީޢަތާއި ޚިލާފު ޤާނޫނެއްގެ ދަށުން، ކައިވެނީގެ ޢަޤުދެއް ރެޖިސްޓަރ ކުރުމުގެ ޙުކުމް
/channel/qalandhar/3581
ކައިވެނީގެ ފިޤުހު (7) ދެމަފިރިން ދެމެދު ފޯނުން ލޯބީގެ ގުޅުން ހިންގުމުގެ ޙުކުމުގެ މައްޗަށްވާ ޚުލާސާ
/channel/qalandhar/3700
~ ގަލަންދާނު 🖋
#KaiveneegeFiguhu
📖▶️وَيُؤْثِرُونَ عَلَىٰٓ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌۚ◀️”...އަދި (ޢަންޞާރުން) އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް، އެ (މުހާޖިރު) ބޭފުޅުންނަށް އިސްކަންދެތެވެ. އެއުރެންގެ އަމިއްލަ ނަފުސަށް އެއަށް ބޭނުންތެރިކަން ބޮޑުވެފައި ވީހިނދުވެސްމެއެވެ...“ [الحشر:9]
އަލްޙަސަނުލް ބަޞްރީ رحمه الله تعالى ވިދާޅުވިއެވެ:
”އޭގެ ތެރެއިން ބޭފުޅެއް އޭނާގެ އަންނަފޮތިގަނޑު އޭނާގެ އަޚާއަށްޓަކައި އިރާލިއެވެ. ދެމީހުން ދެމެދު ހަމަޔަށް ބެހުމަށްޓަކައެވެ.“—އަލްޢަލްވާން ގެ #الولاء_والبراء އިން.
▶️قَدۡ نَرَىٰ تَقَلُّبَ وَجۡهِكَ فِى ٱلسَّمَآءِۖ فَلَنُوَلِّيَنَّكَ قِبۡلَةً تَرۡضَىٰهَاۚ◀️
”(އޭ رَسول ﷲ އެވެ!) ހަމަކަށަވަރުން ކަލޭގެފާނުންގެ މޫނުފުޅު ބައެއްފަހަރު އުޑާ ދިމާޔަށް އަނބުރުއްވާތީ ތިމަންރަސްކަލާނގެ ދެކެވޮޑިގަންނަވަމެވެ. ފަހެ ހަމަކަށަވަރުން ކަލޭގެފާނު ރުހިވަޑައިގަންނަވާ قِبْلَة އަކަށް ތިމަންރަސްކަލާނގެ ކަލޭގެފާނު އަނބުރުއްވާހުށީމެވެ.“
މިއާޔަތުން ލިބިދޭ ފައިދާ ތަކުގެ ތެރޭ: ނަމާދުގައި ފިޔަވައި، ދުޢާ ކުރުމުގައި އުޑަށް ބެލުމުގެ މުސްތަޙައްބުކަން ވެއެވެ. މިއީ ހަނދުމަނައްތައިލެވިފައިވާ ސުންނަތްތަކުގެ ތެރެއިން ސުންނަތެކެވެ. ފަހެ ނަބިއްޔު ﷺ ދުޢާކުރައްވާހިނދު، އުޑަށް ބައްލަވައެވެ. އެއީ މިއާޔަތުގައި ”ކަލޭގެފާނުންގެ މޫނުފުޅު ބައެއްފަހަރު އުޑާ ދިމާޔަށް އަނބުރުއްވާތީއޭ“ އޮތް ބަސްފުޅުން ފާޅުވާން އޮތް ފަދައިންނެވެ.
— ޢަބްދުލް ޢަޒީޒް އައްޠަރީފީ #التفسير_والبيان
(البقرة ޞ. 124)
~ ގަލަންދާނު 🖋
🔉 ފަރުޟު ނަމާދުތަކަށް ފަހު ކިޔާ ޛިކުރުތަސްބީޙަ ތައް ކިޔުން ސުންނަތް ވެގެންވަނީ އަޑު ފާޅުކޮށެވެ.
❞ މި ޛިކުރުތައް ކިޔުމުގައި ސުންނަތް ވެގެންވާ ގޮތަކީ އަޑުފާޅުކޮށް ކިޔުމެވެ. އެއީ އަލްބުޚާރީގައިވާ އިބްނު ޢައްބާސް رَضَ اللَّهُ عَنْهُا ގެ ޙަދީޘުގެ މައްޗަށެވެ.⁽¹⁾ އެކަލޭގެފާނު ވިދާޅުވިޔޭ:
”ރަސޫލު ﷲ ﷺ ގެ ޒަމާނުގައި ނަމާދަށް ފަހު ޛިކުރުން އަޑުހަރު ކުރެވެއެވެ.“
މިއިން ދަލީލު ކުރަނީ އަޑު ފާޅުކޮށް ކިޔުމުގެ މައްޗަށެވެ. މިއީ ހަތަރު މަޛުހަބުގައި މަޝްހޫރު ރައުޔާއި ޚިލާފަށް މުޙައްޤިޤު ދަންނަބޭކަލުން ކުރެން ބައިގަނޑެއް މިކަމުގައި އިޚްތިޔާރު ކުރެއްވި ރައުޔެވެ. އެއީ އަބޫ ޖަޢްފަރު އިބްނު ޖަރީރާއި، އަބޫ މުޙައްމަދު ބުނު ޙަޒަމާއި، އަބުލް ޢައްބާސް އިބްނު ތައިމިއްޔާ އާއި، އަބުލް ފަރަޖް އިބްނު ރަޖަބު ފަދައެވެ.
އެހެނަސް ހަތަރު މަޛުހަބުގައި މަޝްހޫރީ، ސުންނަތް ގޮތީ ސިއްރުގައި ކިޔުން ކަމުގައެވެ.⁽²⁾ އެހެނަސް ބޮޑަށް ބުރަވެވެނީ ސުންނަތް ގޮތީ ފާޅުކުރުން ކަމުގައެވެ.
˺ނަމާދުން އަވަދިވެގެން ކިޔޭ˹ މިޛިކުރު ތަކުގައި ފާޅުކުރަން ޖެހެނީ އެއެންމެހާ ޛިކުރެކެވެ. މިއީ އާޔަތުލް ކުރުސި (އަދި މުޢައްވިޛަތައިން، އެބަހީ: ފަލަޤި ނާސި ސޫރަތް) މެނުވީއެވެ.
❌ދެންފަހެ އޭގެ ފުރަތަމަ ކޮޅުގައިވާ އިސްތިޣްފާރާއި، ދެން (اللهُمَّ أَنْتَ السَّلَامُ ....) މިޛިކުރު އަޑުހަރުކޮށް ކިޔާފައި ތަސްބީޙަ ފެށޭހިނދު އަޑު މަޑުކުރުމައިމެދު ދަންނައެ، މިއީ އަޞްލެއްނެތް އުފެއްދުމެކެވެ. މިވާހަކަ العلامة ސުލައިމާން ބުނު ސަޙްމާން رَحِمَهُ اللهُ ނަންގަންނަވާފައި ވެއެވެ.
މިހެންކަމުން، ބައިގަނޑެއްގެ ގާތުގައި ސުންނަތް ގޮތީ: އެއެންމެހާ ދިކުރެއް ސިއްރުގައި ކިޔުމެވެ. އަދި އަނެއްބައި ބޭކަލުންތަކެއް ގާތު ސުންނަތް ގޮތީ — އަދި ރާޖިޙުކަމަށް ބެލެވޭ ރައުޔަކީ الله أعلم — އާޔަތުލް ކުރުސި (އަދި މުޢައްވިޛަތައިން) ފިޔަވައި އެހެން ހުރިހާ އެއްޗެއް އަޑު ފާޅުކޮށް ކިޔުމެވެ.
މިގޮތުން، އާޔަތުލް ކުރުސި (އާއި މުޢައްވިޛަތައިން) އިޖުމާޢުގެ މަތީން (މިދެބަސްވުމުން) އިސްތިސްނާވެއެވެ. އެހެނީ ސިއްރުގައި ކިޔުމަށް ވިދާޅުވާ ބޭކަލުންވެސް އަދި ފާޅުގައި ކިޔާން ވިދާޅުވާ ބޭކަލުންވެސް އާޔަތުލް ކުރުސި (އާއި މުޢައްވިޛަތައިން)ފާޅުގައި ކިޔަންޖެހޭ ތަކެތިން ބޭރުކުރެއެވެ. އަދި ސިއްރުގައި ކިޔުމަށް ނަންގެންނެވިއެވެ. ވީމާ ނަމާދަށް ފަހު ކިޔޭ އެހެން އެންމެހާ ޛިކުރުތަކާއި ޚިލާފަށް ސިއްރިއްޔާތުގައި ކިޔުން އެޔަށް ޚާއްޞަވެފައިވެއެވެ.
☝️އަދި އަޑުހަރު ކޮށް ކިޔުން އޮތީ، އެނޫން ފަރާތްތަކަށް އުދަގޫ ނުފޯރާ ގޮތުގައެވެ. އެއީ ނަމާދުން އަވަދިނުވެ ހުރި މީހާ ފަދަ މީހުންނަށެވެ. ވީމާ ރަކުޢަތެއް ދެރަކުޢަތެއް ގެއްލިގެން ނަމާދު ފުރިހަމަ ކުރަމުންދާ މީހަކަށް އެކަމުން އުނދާމަގޫ ފޯރާފާނެނަމަ، އަޑުހަރުކުރުން ނުވެއެވެ. އެއީ އޭނާގެ ނަމާދުގައި އޮޅުން އަރައިފާނެތީއެވެ.
މިއާ ޚިލާފަށް، އެއްކޮށް ނަމާދު ފުރިހަމަ ކުރާ ޖަމާޢަތެއްގައި އޭނާ ހުރެއްޖެނަމަ، އެއީ މިދުވަސް ވަރު އަހަރެމެން މިތާ މައްކާގެ ޙަރަމްފުޅުގައި މިނަމާދު ކުރާފަދައިން، ނަމާދުން އަވަދި ނުވެ ހުރެއްޖެ މީހަކީ ޙަރަމްފުޅުގެ ބޭރުގައި ހުންނަ މީހެއް އެކަންޏެވެ. ވީމާ އެހެން މުސްލިމުންގެ ފަރާތުން (މިފަދަ ޖަމާޢަތެއް ތެރޭ އަޑުހަރުކޮށް ތަސްބީޙަ ކިޔައިގެން) އުނދަގޫވުމެއް ނުވެއެވެ. އެހެނީ އެންމެންވެސް ވަނީ ނަމާދުން އަވަދިވެފައެވެ. އަކިއެއްތަ، އެންމެންވެސް ވަނީ ޛިކުރުތަސްބީޙައިގައެވެ. އެގޮތުން ކޮންމެ މީހެއްވެސް އަޑުފާޅުކޮށް އޭނާގެ ޛިކުރުގައި ދެމިހުންނާނީއެވެ.
=
ـــــــــــــــــــ
[1] އިބްނު ޢައްބާސްގެ އަރިހުން، ރިވާކުރެއްވީ އަލްބުޚާރީ (841) މުސްލިމަ (583 c) އަބޫ ދާވޫދު (1003).
[2] ޝެއިޚް މަޝްހޫރު ޙަސަން ވިދާޅުވިއެވެ: ”އައްޝާޠިބީ "الاعتصام" ފޮތުގައި، އިމާމް އައްޝާފިޢީ އަރިހުން ނަޤުލުކުރައްވައި، އިޚްތިޔާރުކުރައްވައި ވަރުޤަދަ ކުރައްވައި ހަރުކަށިކަމާއި އެކު ތާޢީދުކުރެއްވި ޤަޥްލަކީ: ނަބިއްޔު ﷺ އަޑުހަރުކޮށް ޛިކުރު ކުރެއްވި ސަބަބަކީ އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ފަހު ދުވަސްކޮޅުގައި (އިސްލާމްވެ ދީން އުނގެނުމަށް) އަންނަމުން ދިޔަ ވަފުދުތަކަށް އެތަކެތި އުނގަންނަވައިދެއްވުމުގެ ގޮތުން ކަމުގައެވެ. އެގޮތުން ވިދާޅުވޫއެވެ: އުންގަންނައިދިނުމުގެ ގޮތުން އިމާމު މީހާ ނަމާދަށްފަހު އަޑުހަރުކޮށް ޛިކުރު ކުރަން ލާޒިމުވެއްޖެނަމަ، މިއީ ވާރިދުވެފައިވާ އެކަމުގައި ގޯހެއް ނެތް ކަމެކެވެ.“ اهـ. (ފަތުވާ). ވީމާ މިބޭކަލުންގެ ބުނުމުގައި ނަމާދަށް ފަހު ކިޔޭ ޛިކުރުތަސްބީޙައިގެ ޙުކުމަކީ އެހެން ޛިކުރުތަކާއި ތަފާތެއް ނެތި އޭގެ އަޞްލުގައި ސިއްރިއްޔާތުގައި (މަޑުން) ކިޔުން ސުންނަތް ތަކެއްޗެވެ. އަދި އަޑުހަރުކޮށް ކިޔުންވަނީ ޣާފިލުވެފައިވާ މީހަކަށް ހަނދުމަކޮށްދޭން ނޫނީ ނޭނގޭ މީހަކަށް އުނގަންނައިދޭށެވެ.
🔉READING "ALOUD" THE ADHKĀR AFTER OBLIGATORY PRAYERS
❝ The author, وفقه الله, mentioned that:
the Sunnah in the above adhkār (i.e. remembrances upon the completion of obligatory prayers) is to recite them aloud after every prescribed prayer.
🚫Avoid Touching Non-Maḥrams
«وما مسَّت يد رسول الله -صلَّى الله عليه وسلَّم- يد امرأة إلا امرأةً يملكها» رواه البخاري
ʿĀishah said: “The Prophet ﷺ has never touched a woman’s hand except for his wives and slaves.” [Al-Bukhārī]
Maʿqil bin Yasār ⁽¹⁾ said: "For one of you to take a needle and plunge it into my head is more beloved to me than a woman who is not a maḥram washing my hair.” ⁽²⁾
Shaykh Khālid Al-Ḥāyek commented: “This shows that this matter was considered grave by the companions, which is why it was severely cautioned against.”
📌Benefit: There is another narration from Maʿqil which was narrated in marfūʿ form, as a ḥadīth of the Prophet which says:
لأن يطعن في رأس أحدكم بمخيط من حديد خير له من أن يمس امرأة لا تحل له
“For one of you to be stabbed in the head with an iron needle is better for him than that he should touch a woman who is not permissible for him.”
⚠️This narration is ḍaʿīf (weak). Al-Muḥaddith Aḥmad Shaḥāta Al-Alfī declared it weak in "Al-Takhrījāt Rumḥ Al-Sunnah" (refer 1/8) Also Al-Ḥāyek and Al-ʿAlwān declared it weak, and declared that what is correct is the mawqūf narration from Maʿqil.
~ Galandān 🖋
-----------------------
[1] Maʿqil bin Yasār was a companion of the Prophet ﷺ. He converted to Islam before Al-Ḥudaybiyyah and participated in Bayʾat al-Riḍwān. He settled in Baṣrah and died there. The "Maʿqil River" in Baṣrah is named after him. It was dug by the order of ʿUmar.
[2] This narration:
عن معقل موقوفاً عليه من قوله بلفظ: "لأن يعمد أحدكم إلى مخيط فيغرز به في رأسي، أحب إلي من أن تغسل رأسي امرأة ليست مني ذات محرم".
It was narrated by Ibn Abī Shaybah in his "Muṣannaf" (4/15 no. 17310).
❞ މުސްލިމުންނާއި ހަނގުރާމަ ކުރާ ޢަދުއްވުންނަށް ޖެއްސެވޭ މުޞީބާތަށް އުފައު ވެވުމީ އީމާން ކަމުގެ ދަލީލެކެވެ. އެހެނީ، އޭނާގެ ޢަދުއްވުންނަށް ޖެއްސެވޭ މުޞީބާތުން މުއުމިނު މީހާގެ ނަފްސުގައިވާ ވޭނާއި އޭނާގެ ހިތުގައިވާ ރުޅިވެރިކަން ﷲ ފިއްލަވައިދެއްވައެވެ.
▶️وَيَشۡفِ صُدُورَ قَوۡمٍ مُّؤۡمِنِينَ ▫️ وَيُذۡهِبۡ غَيۡظَ قُلُوبِهِمۡۗ◀️
”...އެއިން مؤمن ބަޔެއްގެ ހިތްތަކަށް އެއިލާހު ޝިފާ ދެއްވާނެތެވެ. * އަދި އެއުރެންގެ ހިތްތަކުގައިވާ ރުޅިވެރިކަން ފިއްލަވާނެތެވެ.“ [التوبة 14، 15]❝
— ޢަބްދުލް ޢަޒީޒް އައްޠަރީފީ (ބަސްކޮޅު)
~ ގަލަންދާނު 🖋
🔵❝ Rejoicing the demise of the enemies of Islam, the people of bid'ah, and those who openly declare immorality: is a legitimate matter, and it is one of Allah's blessings upon His servants and upon trees and animals. In fact, the people of Sunnah rejoice in the affliction of illness and imprisonment of those people and the misfortunes that befall them. ❞
— Islamqa (154727)
~ Galandān