qalandhar | Unsorted

Telegram-канал qalandhar - Galandān ގަލަންދާނު

1843

ޢިލްމު އަދި އެއަށް ލޯބިކުރާ ދަރިވަރުންނަށް Notes by, ibn Fahmī Dīdī عفا الله عنه Friends & family

Subscribe to a channel

Galandān ގަލަންދާނު


🟡އެމީހެއްގެ ޙާލަތު ނޭނގޭ މީހެއް ފަހަތުގައި ކުރެވޭ ނަމާދު ޞައްޙަ ވެގެންވާ ކަމުގެ މައްޗަށް އޮތް އިޖުމާޢު:

ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވިއެވެ:

❞ ސުންނަތް ޖަމާޢަތުގެ އަސާސުތަކުގެ ތެރޭގައި، އެއުރެން ހުކުރާއި ޢީދާއި ޖަމާޢަތުގެ ފަސްނަމާދު ނެގެހެއްޓުން ހިމެނެއެވެ. ރާފިޟީންނާއި އެނޫން އެފަދަ ބިދުޢަވެރިން ފަދައިން، ˺ސުންނަތް ޖަމާޢަތުގެ މީސްތަކުން˹ ހުކުރާއި ޖަމާޢަތުގެ ނަމާދުތަކެއް ދޫނުކުރަތެވެ. އަދި އިމާމު މީހާގެ ބޭރުފުށުން ބިދުޢައެއް ނޫނީ ފާފާވެރިކަމެއް ހާމަވާން ނެތްނަމަ، އަދި އޭނާގެ (ޢަޤީދާއާއި ދީންވެރިކަމުގެ) ޙާލަތް ފަރުދާވެފައިވިޔަސް، ހަތަރު އިމާމުންމާއި އެނޫން އިސްލާމީ އިމާމުންތަކުގެ އިއްތިފާޤުގެ މަތީން؛ އެފަދަ މީހާ ފަހަތުގައި ހުކުރާއި ޖަމާޢަތުގެ ނަމާދު ކުރެތެވެ. އަދި މީހެއްގެ އެތެރެފުށުގައި (ހާމަނޫވެ ހުރި) ޙާލަތް އެނގިގެން މެނުވީ އޭނާ ފަހަތުގައި ނަމާދު ޞައްޙަ ނުވާނޭ ކަމަށް އިމާމުންގެ ތެރެއިން އެއްވެސް ބޭކަލެއް ވިދާޅުވެފައި ނުވެއެވެ. އަދިކިއެއްހޭ ކާކުކަންނޭނގޭ މީހުންގެ ފަހަތުގައި މުސްލިމުން ނަމާދު ކުރަމުންދާތާ މެދުކެނޑިފައި ނުވެޔޭ ނަބިއްޔު ﷺ ހަޔާތްޕުޅަށްފަހުން އަދާއި ހަމަޔަށްވެސް.

އެހެނަސް ބިދުޢަތެއް ނޫނީ ފާޖިރުކަމެއް ފާޅުވެގެންވާ މީހެއް ފަހަތުގައި ނަމާދެއް ކޮށްފި މީހާއާއި މެދު، އަދި އެކަން ކުރީ އެހެން މީހެއް ފަހަތުގައި ނަމާދު ކުރުމަށް އޭނާއަށް ކުޅަދާނަވެގެންވާ ޙާލަތުގައި ނަމަ، [ޙާލަތް ނޭނގޭ މީހާގެ ޙާލަތުގައި އިއްތިފާގު އޮތް ފަދައިން ނެތަސް] ޢިލްްމުވެރިންގެ ތެރެއިން ގިނަ ބޭކަލުންގެ ގާތުގައި މިފަދަ މައުމޫމު މީހާގެ ނަމާދު ވެސް ޞައްޙަވެގެން ވެއެވެ. މިއީ ޝާފިޢީގެފާނާއި އަބޫ ޙާނީފާގެފާނު ދެކެވަޑައިގެންނެވިގޮތެވެ. ﷲ އެދެބޭފުޅުންނަށް ރަޙުމަތް ލައްވާށިއެވެ. އަދި މިއީ މާލިކުގެފާނާއި އަޙްމަދުގެފާނު އަރިހުން އައިސްފައިވާ ދެރައުޔުތެރެއިން އެއްރައުޔެވެ. ﷲ އެދެބޭފުޅުންނަށް ރަޙުމަތް ލައްވާށިއެވެ.

ދެންފަހެ ބިދުޢަވެރިޔެއް ނޫނީ ފާޖިރެއް ފަހަތުގައި ނޫން ގޮތެއްގައި ˺ޖަމާޢަތު˹ ނަމާދު ކުރެވެން ނެތިއްޖެނަމަ، އެއީ މިޘާލަކަށް ހުކުރު ނަމާދު ފަދައޭ އޭގެ އިމާމު ބިދުޢަވެރިޔެއް ނޫނީ ފާޖިރެއްކަމުގައިވާ، އަދި އެއީ އެނޫން ހުކުރު ނަމާދު ޖަމާޢަތެއް ˺އެއަވަށަކު˹ ނުވާހިނދު، ފަހެ މިޙާލަތު ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިންގެ ތެރެއިން ބޮޑު ބައިގަނޑުގެ ގާތުގައި އޭނާއަށް ވަނީ ބިދުޢަވެރިޔާ ނުވަތަ ފާޖިރުގެ ފަހަތުގައި ނަމާދު ކުރުމެވެ. އަދި މިއީ ޝާފިޢީގެފާނާއި އަބޫ ޙަނީފާއާއި އަޙްމަދު ބުނު ޙަންބަލް އާއި އެނޫން އަހުލުއް ސުންނަތުގެ އިމާމުންގެ ގާތު ޚިލާފެއް ނެތި އޮތް ރައުޔެވެ...

...ވީމާ، ގޮތް ނޭގޭ މީހާ ފަހަތުގައި ނަމާދު ކުރުން؛ މުސްލިމު އިލްމުވެރިންގެ އިޠްތިފާގުން ޖާއިޒު ވެގެން ވެއެވެ. އަދި އެމީހެއްގެ ޙާލަތު ނޭގޭ މީހެއް ފަހަތު ނަމާދުކުރުން ޙަރާމް ކަމަށް ނޫނީ ބާޠިލު ކަމަށް ބުނެއްޖެ މީހަކީ، ސުންނަތް ޖަމާޢަތުގެ އިޖުމާޢު އާއި ދެކޮޅު ވެއްޖެ މީހެކެވެ...

ފަހެ އަޞްޙާބު ބޭކަލުން — ﷲ އެބޭކަލުންނަށް ރުއްސުންލައްވާށި— އެބައެއްގެ ފާޖިރުކަން އެނގިވަޑައިގެން ތިއްބެވި މީހުންގެ ފަހަތުގައިވެސް ނަމާދު ކުރެއްވިއެވެ. އެއީ ޢަބްދު ﷲ ބުނު މަސްޢޫދާއި އަޞްޙާބުބޭކަލުން ތެރެއިން އެނޫންވެސް ބޭކަލުން، އަލްވަލީދު ބުނު ޢުޤްބާ ބުނު އަބީ މުޢީޠު ފަހަތުގައި ނަމާދު ކުރެއްވިފަދައިންނެވެ. އޭނާއަކީ ރާބޮއެ އުޅުނު މީހެކެވެ. އަދި އެއްފަހަރެއްގައި ފަތިސް ނަމާދުގައި ˺މަސްތުވެފައި ހުރުމުގެ ސަބަބުން˹ ހަތަރު ރަކުޢަތް އޭނާ ˺އިމާމުވެ˹ ކުރިއެވެ. އެކަމުގައި އޭނާއަށް ޢުޘްމާން ބުނު ޢައްފާން ހައްމުށިން ޙައްދު ޖެއްސެވިއެވެ.

އަދި ޢަބްދު ﷲ ބުނު ޢުމަރު އާއި އަޞްޙާބުބޭކަލުން ތެރެއިން އެނޫންވެސް ބޭކަލުން، ޙައްޖާޖު ބުނު ޔޫސުފުގެ ފަހަތުގައި ނަމާދު ކުރެއްވިތެވެ. އަދި އަޞްޙާބުބޭކަލުންނާއި ތާބިޢީ ބޭކަލުން، އިބްނު އަބީ ޢުބައިދު ފަހަތުގައިވެސް ނަމާދު ކުރެއްވޫއެވެ. އެއީ އޭނާއަށް މުލްޙިދުކަމުގެ ތުހުމަތު ކުރެވިފައިވާ ޙާލުގައެވެ. އަދި އޭނާއަކީ މަގުފުރެދުމަށް ގޮވާލާ މީހެއްކަމުގައިވީ ހިނދުގައެވެ. ❝ اه‍ـ.

—”މަޖްމޫޢުލް ފަތާާވާ“ (ޖ. 3، ޞަފްޙާ 175 ، 176)

Читать полностью…

Galandān ގަލަންދާނު

🖊
ސުފްޔާން އައްޘަޥްރީ ވިދާޅުވިއެވެ:

❞ ﷲ އަށް ކިޔަމަންވާ އެއްވެސް މީހަކަށް ތިބާ ނަފުރަތު ނުކުރާށެވެ. މީސްތަކުންގެ ޢާންމުންނާއި ޚާއްޞުންނަށް ރަޙުމް ކުރާ މީހެއް ކަމުގައިވާށެވެ. އަދި ތިބާގެ ރަޙިމުގެ ގުޅުން ތިބާ ކަނޑައި ނުހަދާށެވެ. ގުޅުން ކަނޑައިފި މީހަކާއި ގުޅުން ގާއިމުކުރާށެވެ. އަދި ރަޙިމުގެ ގުޅުން މީހަކު ކެނޑިޔަސް ތިބާ އެގުޅުން ދަމަހައްޓާށެވެ. އަދި ތިބާއަށް އަނިޔާވެރިވެ ˺ބޭއިންސާފުވެއްޖެ˹ މީހަކަށް ˺މަޢާފާއިއެކު˹ ލޯމަރައި ދޫދޭށެވެ. އެގޮތުން ތިބާ ވާހުށީ، ނަބިއްޔުންނާއި ޝަހީދުންގެ ބައިވެރިޔެއް ކަމުގައެވެ.❝


— ((حلية الأولياء)) لأبي نعيم (7/ 84)، ((التذكرة)) لابن حمدون (1/ 220).

~ ގަލަންދާނު 🖋

وعن مُبارَكٍ أبي حمَّادٍ، قال: سمِعتُ سُفيانَ الثَّوريَّ يقولُ فيما أوصى به عليَّ بنَ الحَسَنِ السُّلَميَّ: (لا تُبغِضْ أحدًا ممَّن يطيعُ اللَّهَ، كنْ رحيمًا للعامَّةِ والخاصَّةِ، ولا تقطَعْ رَحِمَك، وصِلْ مَن قطَعَك، وصِلْ رَحِمَك وإن قطَعَك، وتجاوَزْ عمَّن ظَلَمك تكُنْ رفيقَ الأنبياءِ والشُّهَداءِ)
يُنظر: ((حلية الأولياء)) لأبي نعيم (7/ 84)، ((التذكرة)) لابن حمدون (1/ 220).

Читать полностью…

Galandān ގަލަންދާނު

•••
ސުވާލު: ނަމާދުކުރުން ނަހީ ވަޤުތު ތަކުގައި ޝުކުރުަގެ ސަޖިދަ ކުރުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟

ޖަވާބު:

❞ ފުރަތަމަ ކަމަކަށް: ޝުކުރުގެ ސަޖިދަ އަކީ ނަމާދެއް ނޫނެވެ. އަދި ނަމާދަށް ޝަރުޠުވާ ތަކެއްޗެއް އެއަކަށް ޝަރުޠުވެގެން ނުވެއެވެ. ޢިލްމުވެރިންގެ ބަސްފުޅުތަކުން ޞައްޙަކަން އެންމެ ބޮޑީ މިޤަޥްލެއެވެ.

ދެވަނަ ކަމަކަށް: ސަބަބެއް އޮވެއްޖެ ނަމާދެއް، ނަހީ ވަޤުތުތަކުގައި ވިޔަސް ކުރެވެއެވެ. އަދި މިއީ އައްޝާފިޢީ ކަނޑައެޅުއްވި ގޮތެވެ. އަދި އަޙްމަދުގެ އަރިހުން އެއް ރިވާޔަތުގައި ވެސް އޮތް ގޮތެވެ. އަދި ރަނގަޅު ރައުޔަކީ މިއެވެ. އަދި މީގެ މައްޗަށް ފަނަރަވަރަކަށް ދަލީލުވެއެވެ. ❝


— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން (ބަސްކޮޅު)

~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

ޤިބްލަ ކަނަކަށް ހުރެ، ޖާގައިގެ ދަތިކަމުން އިމާމް މީހާ އެއްފަރާތު ކަނުގައި ހުރެ، އޭނާގެ ފަހަތަށް އެއްފަޅިޔަށް މައުމޫމުން ތިބުމާއި މެދު

ސ. ބައެއް މަދަރުސާ ތަކުގައި ، ނަމާދު ކުރުމަށް ވަކި ޖަގަހަޔެއް ހަދާފައި ހުރެއެވެ. އަދި އިމާމް މީހާއަށް ވަކި ޖާގަޔެއް މައުމޫމުން ފަހަތުގައި ތިބޭހެން ހެދިފައި ނުހުރެއެވެ. އެހެންކަމުން އޭނާ ނަމާދު ކުރަނީ ކޮޓަރީގެ އެއް ކަނުގައެވެ. މިސާލަކަށް އެއީ ފުރަތަމަ ޞަފުގެ ވާތް ފަޅީގައެވެ. ވީމާ އޭނާ އާއި ޖެހިގެން ވާތަށް އިންނަނީ ފާރެކެވެ. އަދި (މައުމޫމުންގެ) ޞަފު އޮންނަނީ (ފަހަތަށް ނުވަތަ ވަކިން) އޭނާގެ ކަނާއަތަށެވެ. މީގެ ޙުކުމަކީ ކޮބައިތޯއެވެ؟

ޖަވާބު: އެކަމުގައި މައްސަލައެއް ނެތެވެ. އެވެރިން އޭނާގެ ކަނާއަތުގައި ނަމާދު ކުރިޔަސް، ނޫނީ ކަނާއަތާއި ވާތުގައި ނަމާދު ކުރިޔަސް، ފަހެ އޭގައި މައްސަލައެއް ނުވެއެވެ. އަދި ފަސޭހަނަމަ އޭނާ ވަނީ ˺މައުމޫމުންގެ ޞަފަށްވުރެ ކުރީގައި˹ ވަކިން ހުރުމެވެ. އެންމެ މޮޅުއިތުރު ގޮތަކީ މިއެވެ. އެހެނަސް ޖާގަ ދަތިވެެއްޖެނަމަ، އޭނާގެ ކަނާތާއި، އޭނާގެ ވާތާއި، އޭނާގެ ފަހަތުގައުވެސް ނަމާދު ކުރާށެވެ. އެހެނަސް އޭނައަށްވުރެ ކުރީގައި ނުތިބޭށެވެ.

ސ: އެހެނަސް އޭނާ ނަމާދުކުރާނީ ވާތްފަރާތު ފާރު ދޮށުގައެވެ. އަދި (މައުމޫމުންގެ ) ޞަފު ވަނީ އޭނާގެ ކަނާއަތުގައެވެ؟

ޖަވާބު: އެކަމުގައި މައްސަލައެއް ނެތެވެ.

— ޖާވާބު ދެެއްވީ: އިބްނު ބާޒް (މަޞްދަރު)


އަދި އިސްލާމް ސުވާލު-ޖަވާބު ގެ ފަތުވާ މަޖިލިހުން މިއާއި އެއްގޮތް ސުވާލެއްގެ ތަފްޞީލު ޖަވާބެއް ދެއްވަމުން އޭގެ ތިންވަނަ ނުކުތާގައި ބަޔާން ކުރެއްވިއެވެ:

❞ ތިންވަނަކަމަކަށް: އެވެރިން އޭނާގެ ކަނާއަތުގައި ނަމާދު ކުރާނަމަ، އަދި އެހިނދުގައި އިމާމު މީހާއަށް —ކުޑަ ތަންކޮޅަކަށް ވިޔަސް — ކުރިޔަށް ޖެހެވެން އޮވެއްޖެނަމަ، ސުންނަތް ގޮތީ މިއެވެ. އެއީ އިމާމަކީ ކާކުކަން އަންގައިދިނުމަށާއި އޭނައަށްވުރެ ކުރިޔަށް އެހެން އެއްވެސް މީހަކަށް އެރެވިޔަދިނުމުން ހުސިޔާރުވުމަށްޓަކައެވެ. އަދި މިކަމުގެ މައްޗަށްވާ ދަލީލުތައް އިހުބަޔާންވެ ހިނގައްޖެއެވެ.❝

ނޯޓް: ޖާގަ ނެތުމުގެ ސަބަބުން އިމާމް މީހާ އާއި އެއްޞަފެއްގައި ނަމާދު ކުރުމުާއިމެދު ޚުލާޞާއެއް އަހަރެމެން ވާނީ ކުރިން ގެނެސްދީފައެވެ. (ކިޔާލުމަށް)


~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

⚠️ މަސްތުވާއެއްޗެއް ބޭނުންކޮށްގެން ހުރި މީހެއްގެ ނަމާދު: ޞައްޙަވުމާއި ނުވުމުގެ މައްޗަށް އޮތް ފަރަޤު

▶️یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ لَا تَقۡرَبُوا۟ ٱلصَّلَوٰةَ وَأَنتُمۡ سُكَـٰرَىٰ حَتَّىٰ تَعۡلَمُوا۟ مَا تَقُولُونَ◀️[4:43]
”އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ކަލޭމެން މަސްތުވެގެންވާ حال ކަލޭމެން ނަމާދައި ގާތްނުވާށެވެ. އެއީ ކަލޭމެން ކިޔާ ނުކިޔާއެއްޗެއް ކަލޭމެންނަށް އެނގޭން ދެންނެވެ. (އެވަރަށް ހޭވަރިވާންދެނެވެ.)“


އަލްޤުރުޠުބީ މިއާޔަތުގެ ތަފްސީރުގެ ތެރެއިން ވިދާޅުވިއެވެ:

އިބްނުލް މުންޛިރު ވިދާޅުވިއެވެ: ˺މަސްތުވާއެއްޗެއް ބޭނުންކޮށްފިމީހާ˹ ޤުރުއާން ކިޔެވުމުގައި މަސްހުނިވާނަމަ އެހެރީ މަސްތުގެ ޙާލަތުގައެވެ. އެއީ ﷲ تَعَالَى ގެ މި ވަޙީ އިން ދަލީލުކޮށްދޭ ފަދައިންނެވެ: ▶️حَتَّى تَعْلَمُوا مَا تَقُولُونَ◀️ ”އެއީ ކަލޭމެން ކިޔާ ނުކިޔާއެއްޗެއް ކަލޭމެންނަށް އެނގޭން ދެންނެވެ.“ އެހެންކަމުން ކިޔޭނުކިޔޭ ނޭނގޭ ނަމަ އޭނާ މިސްކިތާއި ގާތްވެގެން ނުވާނެއެވެ. އެއީ އެތަން މުޑުދާރުކޮށްފުމުގެ ބިރަށްޓަކައެވެ. އަދި ˺އެޙާލަތުގައި˹ އޭނާގެ ނަމާދު ޞައްޙަވެގެން ނުވެއެވެ. އަދި އެގޮތުގައި ނަމާދު ކޮށްފިނަމަ ˺ނުވަތަ ވަޤުތު ފާއިތުވެއްޖެނަމަ˹ ޤަޟާއު އަށް އެނަމާދު ކުރުން ވެއެވެ. މިއާ ޚިލާފަށް އޭނާއަށް ކިޔޭނުކިޔޭ އެނގޭނަމަ، އަދި އެގޮތުގައި ނަމާދަށް އަތުވެއްޖެނަމަ، އޭނާގެ ˺ނަމާދުގެ˹ ޙުކުމަކީ ˺މަސްތެއް ބޭނުން ނުކޮށް˹ ސަލާމަތުން ހުރި މީހެއް ފަދައެވެ.


ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ (މަޖްމޫޢުލް ފަތާވާ 33/106- 107 ގައި) ވިދާޅުވިއެވެ:
˺މަސްތުވެފައިވާ މީހާގެ˹ ނަމާދު ފަދަ އަޅުކަންތައްތައް، ˺ޤުރުއާނާއި ސުންނަތުގެ˹ ނައްޞުން އަދި އިޖުމާޢުއިން ޣައިރު ޞައްޙައެވެ. އެހެނީ ﷲ ވަނީމަސްތުގެ ޙާލަތުގައި އޭނާ ނަމާދާއި ގާތްވުން ނަހީ ކުރައްވާފައެވެ. އެއީ އޭނާއަށް ކިޔޭ ނުކިޔޭ އެނގުމާއި ހަމަޔަށެވެ. އަދި މީސްތަކުން (އެބަހީ: މުސްލިމުން) ވަނީ މިކަމުގެ މައްޗަށް އިއްތިފާޤުވެފައެވެ. މިއާއި ޚިލާފަށް ރާބޮއެގެން މަސްތުނުވެ ހުރެއްޖެ މީހާ އާއިމެދު ދަންނައެ، އޭނާގެ އަޅުކަންތައް އޭގެ ޝަރުޠުތަކުގެ މަތީ ޞައްޙައެވެ. އެނގިބަޔާން ވެގެންވަނީ އޭނާގެ ނަމާދު ޞައްޙަވެގެން ނުވަނީ އޭނާއަށް ކިޔޭ ނުކިޔޭ ނޭނގޭތީއެވެ. (އޭގެ ޒާތުގައި މަސްތެއް ބޭނުން ކުރުމުގެ ސަބަބުންނެއް ނޫނެވެ.) އެއީ ޤުރުއާނުން މިކަމަށް ދަލީލު ކޮށްދޭ ފަދައިންނެވެ.

އުރުދުންގެ ލަޖްނާއިން މިމައްސަލާގައި ނެރުއްވި ފަތުވާ (3830) ގައި ވެއެވެ:

❞ މިފަދަ މަސްތުވާ ތަކެތިން އެއްޗެއް ބޭނުން ކޮށްފިމީހާ، އެހެނަސް ފުރިހަމަ ހޭވެރިކަމުގައި ވާނުވާ އެނގޭ ގޮތުގައި ހުރެއްޖެނަމަ، މިފަދަ މީހާ އަކީ سَكران (މަސްތުގެމަތީ ހުރި) މީހެކޭ ނުކިޔޭނެއެވެ. ވީމާ ޝަރުޢުވެގެންވާ ޞިފައިގައި ޞައްޙަކޮށް، އޭގެ ޝަރުޠުތަކާއި ރުކުންތައް ފުރިހަމަކުރުމާއި އެކު އޭނާ ނަމާދު އަދާ ކޮށްފިނަމަ، އޭނާގެ އެ ނަމާދު ޞައްޙައެވެ.

މިތާނގައި "އޭނާގެ ނަމާދު ޞައްޙައޭ" ބުނެވުމުގެ މާނައީ، އޭނާގެ ފުށުން ˺އެނަމާދު އަދައުވުމުގެ ސަބަބުން˹ އޭގެ ފަރުޟު ކެނޑުމެވެ. އެހެންކަމުން އެ އަދައު ނުކުރުމުގެ ސަަބަބުން އޮތް ފާފައިން އޭނާ ވީއްލުނީއެވެ. އަދި އެ އިޢާދަކުރުމެއް ނޫނީ ޤަޟާއު ކުރުމެއްވެސް އޭނާއަކަށް ޒަރޫރުވެގެން ނުވެއެވެ. އެހެނަސް ނަމާދުގެ އަޖުރާއި މެދު ދަންނައެ، އެޔެއް އޭނާގެ މައްޗަށް ޘާބިތެއް ނޫނެވެ. އެއީ ނަބިއްޔު ﷺ ގެ މިޙަދީޘުގެ މައްޗަށެވެ: «لَا يَشْرَبُ الْخَمْرَ رَجُلٌ مِنْ أُمَّتِي فَيَقْبَلُ اللَّهُ مِنْهُ صَلَاةً أَرْبَعِينَ يَوْمًا» ”ސާޅީސް ދުވަސް ވަންދެން އޭނާގެ ނަމާދުތައް ﷲ ޤަބޫލުނުކުރައްވާ ގޮތުގައި މެނުވީ، ތިމަންކަލޭގެފާނުގެ އުއްމަތުން މީހަކު ބަނގުރަލެއް ނުބޯނެތެވެ.“ —ރިވާކުރެއްވީ އައްނަސާއީއެވެ. ޝެއިޚުލް އިސްލާމް އަލްއިމާމުއް ނަވަވީ رحمه الله [شرح مسلم 14/ 227] ވިދާޅުވިއެވެ: ”ދެންފަހެ "އޭނާގެ ނަމާދު ޤަބޫލު ނުކުރެއްވެޔޭ" މީގެ މާނައީ: އެނަމާދު އަދާކުރުމީ އޭނާގެ ފުށުން އެފަރުޟު ވީއްލިގެން ދިޔުމާއި އެ އަލުން ޢިޔާދަ ކުރާން ނުޖެހުމަށް ފުދިގެންވާ އެއްޗެއް ކަމުގައި ވިޔަސް، އޭގެން އޭނާއަށް ޘަވާބެއް ނުވާ އެއްޗެއް ކަމެވެ.“

ދެންފަހެ އޭނާ ނަމާދު ކުރީ، އެ މަސްތުވާ އެތީގެ ސަބަބުން އޭނާގެ ބުއްދީގެ ހޭވެރިކަން ނުފޯރާ އޮތް ޙާލަތެއްގައި ނަމަ، އޭނާގެ އެ ނަމާދު ޞައްޙައެއް ނޫނެވެ. އަދި ވަޤުތު ފާއިތުވުމުގެ ކުރިން އޭނާ ބުއްދިއަށް ވާނުވާ އެނގޭ ހިސާބަށް ފޯރައިފިނަމަ، އޭނާގެ މައްޗަށް ވަނީ އެނަމާދު އިޢާދަ ކުރުމެވެ. އަދި ވަޤުތު ފާއިތުވެއްޖެ ނަމަ، ޤަޟާއުކުރުން ވާޖިބެވެ. އެހެނީ ބުއްދި ފިލައި ދިޔުމީ ވުޟޫއު ކެނޑި ހިނގައިދާ ކަމެކެވެ.⁽¹⁾ ހަމައެއާއިއެކު މިޙާލުގައި ނަމާދު ކުރާ މީހާ، އޭނާގެ ނަމާދުގައި ކުރިނުކުރިއެއްވެސް އޭނާއަށް ނޭނގެއެވެ.
=

Читать полностью…

Galandān ގަލަންދާނު

އިބްނުލް ޢުޘައިމީން ވިދާޅުވިއެވެ: ”އެހެނީ ނަބިއްޔު ﷺ އިބްނު ޢައްބާސް ގެ ފުއްކިބައިން ހިއްޕަވައި އެކަލޭގެފާނުގެ ކަނާތްޕުޅުގައި ބެހެއްޓެވިއެވެ. އަދި އެކަލޭގެފާނު ބެހެއްޓެވީ ކުޑާކޮށް ފަހަތުގައި ކަމެއް ނަޤުލުވެފައި ނުވެއެވެ. ދެންފަހެ އިމާމާއި މައުމޫމު ˺މިޙާލަތުގައި˹ ބެލެވެނީ އެއްޞަފެއް ކަމުގައެވެ. އެހެންކަމުން އެދެވެރިންނީ އެއްޞަފެއް ކަމުގައި ބެލެވޭނަމަ، ޞަފު އެއްހަމަކުރުން ޝަރުޢުވެގެން ވެއެވެ. އަދި ޞަފު އެއްހަމަ ކުރުމަކީ ސީދާ ކުރުމެވެ. އެއީ އެކަކަށްވުރެ އަނެކާ ކުރިޔަށް ޖެހިފައި ނުވުމެވެ.“ — اه‍ـ. (الشرح الممتع لابن عثيمين ج/3 ص/10-12)

އިތުރަށް ބެލުމަށް: އިސްލާމް ސުވާލުޖަވާބު (13678)


އިބްނު ޢައްބާސް އަރިހުން އިމާމް އަޙްމަދު އެކަލޭގެފާނުގެ މުސްނަދުގައި ރިވާކުރެއްވިއެވެ: ”ރޭގަނޑުގެ ފަހުކޮޅު ރަސޫލު ﷲ ﷺ އަރިހަށް ތިމަންކަލޭގެފާނު ވަޑައިގެންނެވީމެވެ. އެހެންކަމުން އެކަލޭގެފާނުގެ ފަހަތްޕުޅު ނަމާދު ކުރެއްވީމެވެ. އަދި ތިމަންކަލޭގެފާނުގެ އަތްޕުޅުގައި ހިއްޕަވައި އެކަލޭގެފާނާއި އެއްހަމަޔަކަށް ތިމަންކަލޭގެފާނު ގެންނެވިއެވެ. ދެން ރަސޫލު ﷲ ﷺ ނަމާދަށް އިސްތިޤްބާލު ކުރެއްވުމުން ތިމަންކަލޭގެފާނު ފަހަތަށް ˺ފިޔަވަޅެއް˹ ޖެހިވަޑައިގަތީމެވެ.

ރަސޫލު ﷲ ﷺ ނަމާދުކޮށް އެއަށްފަހު އަވަދިވެވަޑައިގެން ތިމަންކަލޭގެފާނަށް ޙަދީޘް ކުރެއްވިއެވެ: ( مَا شَأْنِي أَجْعَلُكَ حِذَائِي فَتَخْنِسُ ؟) ”އެކޮއިގެ މައްސަލަޔަކީ ކޮބައިހެއްޔެވެ؟ ތިމަންކަލޭގެފާނާއި އެއްހަމައިގައި ބެހެއްޓުމުން ދެން ފަހަތަށް ޖެހުނީ ކީއްވެހެއްޔެވެ؟“ ތިމަންކަލޭގެފާނު ދެންނެވީމެވެ: އޭ ﷲ ގެ ރަސޫލާއެވެ. ކަލޭގެފާނާއި އެއްހަމަޔެއްގައި ނަމާދު ކުރުމީ އެއްވެސް މީހަކަށް އެކަށީގެންވާ ކަމެއްތޯއޭ، ކަލޭގެފާނީ ﷲ ގެ ރަސޫލާ ކަމުގައި ވެފައި ﷲ ކަލޭގެފާނަށް ދެއްވިޔޭ...“ މިޙަދީޘް.

📝 އަހަރެން ބުނަމެވެ: މުޤްބިލް ބިން ހާދީ އަލްވާދިޢީ ”الصحيح المسند مما ليس في الصحيحين“ ނަންބަރު 601 ގައި ވިދާޅުވިއެވެ: ”މިޙަދީޘު ޞަޢްޙައެވެ. އޭގެ ރާވީންނަކީ އައްޞަޙީޙުގައި ހިމެނޭ ރާވީންނެވެ.“



~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

📝 ނަމާދު ޖަގަހާގައި ޖާގަ ނެތުމުގެ ސަބަބުން އިމާމު މީހާއާއި އެއްޞަފެއްގައި ޞަފު ހެދުމާއި ބެހޭ ފިޤުހުން ހޮވާލެވޭ ބައެއް ނުކުތާތައް




1⃣ މީގެ މައްޗަށްވާ އަސާސީ ދަލީލު

"ދަލީލުއް ޠާލިބި ލިނައިލުލް މަޠާލިބި" ގެ 28 ވަނަ ފަޞްލު ގެ ދަށުން އޭގެ ޝަރަޙައިގައި ޝެއިޚް ސަޢްދުލް ޚަޘްލާން ވިދާޅުވިއެވެ:

ފަޞްލު: މައުމޫމުންގެ ދެމީހެއް ދެމެދުގައި އިމާމު މީހާ ހުރުން ޞައްޙަ އެވެ. އަދި ސުންނަތް ގޮތީ އެދެވެރިންގެ ކުރީގައި (ވަކިން) އޭނާ ހުރުމެވެ.

(ޝަރަޙަ) ”ސުންނަތުން ދަލީލު ކޮށްދެނީ އިމާމު މީހާ ހުންނަން ޖެހެނީ ނަމާދުވެރީންގެ ކުރީގައިކަމެވެ. އަދި ދެ މައުމޫމެއް ނަމަ ތިބެންޖެހެނީ އިމާމު މީހާގެ ފަހަތުގައި ކަމެވެ. އެހެނީ، މިއީ ނަބިއްޔު ﷺ ދެއްކެވި ގޮތެވެ. އެކަލޭގެފާނު އަޞްޙާބުބޭކަލުންނާއި އެކު ނަމާދު އިސްވެ ކުރައްވައި އެބޭކަލުން އެކަލޭގެފާނުގެ ފަހަތްޕުޅުގައި ތިއްބަވައެވެ. އަދި ޖާބިރުގެފާނާއި ޖައްބާރުގެފާނު ނަބިއްޔު ﷺ ކަނާތްޕުޅާއި ވާތްޕުޅުގައި ˺ނަމާދަށް˹ ހުއްޓިވަޑައިގެންނެވުމުން، އެދެބޭކަލުން އެކަލޭގެފާނުގެ ފަހަތަށް ފޮނުއްވެވިއެވެ.⁽¹⁾ މިއީ "ޞަޙީޙް މުސްލިމް" ގައި ވާރިދުވެފައިވާ ފަދައިންނެވެ. މިއާއިއެކުވެސް، ދެ މައުމޫމުންގެ ދެމެދުގައި އިމާމު މީހާ ˺އެއްޞަފަކަށް˹ ހުއްޓި ހުރެއްޖެނަމަ، އެނަމާދު ޞަޢްޙައެވެ. އަދި މިއަށް ދަލީލު ވަނީ: ޢަލްޤަމަތުގެފާނާއި އަސްވަދުގެފާނުގެ ދެމެދުގައި ހުންނަވައިގެން އިބްނު މަސްޢޫދު ˺އިމާމުވެ˹ ނަމާދު ކުރެއްވުމެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ: ”ރަސޫލު ﷲ ﷺ މިފަދައިން ކަންތައް ކުރެއްވީތީ ތިމަންކަލޭގެފާނު ދެކެވަޑައިގެންނެވީމެވެ.“⁽²⁾ ރިވާކުރެއްވީ އަބޫ ދާވޫދެވެ. އަދި މިއީ ޞަޢްޙަ ޙަދީޘެކެވެ.

އެހެނަސް ޙާއްޖަތަކަށްޓަކައި މެނުވީ މިފަދައިން ކަންތައް ނުކުރުން ވެއެވެ. އެއީ ˺ނަމާދުކުރާނޭ˹ ޖާގަ ދަތިވެ އިމާމު މީހާ ދެމައުމޫމުންގެ މެދުގައި ހުރެ ނަމާދުކުރަން މަޖުބޫރުވުން ފަދައެވެ. އެހެންކަމުން އެހިނދު އެކަމުގައި މައްސަލައެއް ނެތެވެ.“ — اه‍ـ


2⃣ ފުރަތަމަ ޞަފުގެ އަޖުރު އެއަށް ލިބޭތޯ؟

އިބްނު ޢުޘައިމީން އާއި ސުވާލުވެވުނެވެ: މިސްކިތުގައި ނަމާދުވެރިން ބާރުބޮޑުވެއްޖެނަމަ، އިމާމު މީހާގެ ކަނާތާއި ވާތުގައި ނަމާދުކުރަން ތިބެވިދާނެ ހެއްޔެވެ؟ އަދި އެހިނދު އިމާމު މީހާގެ ކަނާއަތުގައި ތިބޭ ނަމާދުވެރިންނީ ފުރަތަމަ ޞަފުގެ އަޖުރު ލިބޭ މީހުން ތެރެއިން ބެލެވިދާނެ ހެއްޔެވެ؟

ޖަވާބު: ”މިސްކިތުގައި ނަމާދުވެރިން ބާރުބޮޑުވެއްޖެނަމަ އިމާމު މީހާގެ ކަނާތާއި ވާތުގައި ތިބެ ނަމާދު ކުރުމުގެ މައްސަލައެއް ނެތެވެ. ނުވަތަ ކަނާއަތުގައި އެކަނި ތިބެ ވިޔަސް އެވެ. އަދި ˺އެހިނދުގައި˹ އޭނާގެ ދެފަރާތުގައި ތިބޭ މީހުންނީ ފުރަތަމަ ޞަފު ކަމުގައި ނުބެލެވޭނެއެވެ. އެހެނީ ފުރަތަމަ ޞަފަކީ އިމާމު މީހާގެ ފުރަގަހުން ފުރަތަމަ ހެދޭ ޞަފެވެ.“


3⃣ މިގޮތަށް ޞަފުހެދުމުގައި އަހްމިއްޔަތު ދޭންވީ ކޮން ފަޅިއަކަށްތޯ؟

އިބްނުލް ޢުޘައިމީން ވިދާޅުވިއެވެ: ”އަދި ˺މައުމޫމުންނަށް ތިބީ˹ ދެމީހެއްނަމަ، އަދި އިމާމު މީހާގެ ދެފަރާތުގައި ˺ޟަރޫރަތަށްޓަކައި˹ ތިބެން ޖެހިއްޖެނަމަ، ފަހެ އޭގެން އެކަކަށްވަނީ އިމާމު މީހާގެ ކަނާތުގައި ހުރުމެވެ. އަދި އަނެކާއަށް ވާތުގައި ހުރުމެވެ. އަދި ދެމީހުން އެކުގައި ކަނާތުގައި ތިބުމެއް ނޫނެވެ. މިއީ (އެބަހީ: ކަނާއަތާއި ވާތުގައި ތިބުމީ) އެންމެ އިހުގައި ޝަރުޢުގައި ކަން އޮތް ގޮތަށެވެ. އެއީ ތިން މީހެއް ތިބެއްޖެނަމަ އިމާމު މީހާ ދެމީހުންގެ ދެމެދުގައި ހުރުމެވެ. ދެން މިޞިފަ މަންޞޫޚަވެ ދެމީހުން އިމާމު މީހާގެ ފަހަތުގައި ˺ވަކި ޞަފަކަށް˹ ތިބުމަށް ޝަރުޢުވީއެވެ. ދެންފަހެ ބަޔެއް ޢާންމުން ހީކުރާފަދައިން، ދެމީހެއް ތިބެއްޖެނަމަ އެދެވެރިން ތިބުން ވަނީ އިމާމު މީހާގެ ކަނާއަތުގަޔޭ — މިކަމަކީ އެއަށް އެއްވެސް އަޞްލެއް ނެތް ކަމެކެވެ. އާއެކެވެ. އެއާޚިލާފަށް ˺މައުމޫމަކަށް˹ އެންމެ މީހެއް ހުރެއްޖެނަމަ، ˺އިމާމު މިހާގެ˹ ކަނާއަތުގައި މެނުވީ އޭނާ ހުރެގެން ނުވާނެއެވެ. “

=
ــــــــــــــــــ
[1] ރިވާކުރެއްވީ މުސްލިމް (3010) ގައި.
[2] ރިވާކުރެއްވީ އަބޫ ދާވޫދު (613) ގައި. އަދި އަބޫ ދާވޫދުގެ ތަޢްލީޤު ގައި އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު، ވިދާޅުވިއެވެ:
”މިޙަދީޘު ޞައްޙައެވެ. އަދި ޞައްޙައޭ މިބުނީ މިޙަދީޘަކީ އިމާމު މުސްލިމް ރިވާކުރެއްވި ޙަދީޘެއް ކަމުންނެވެ. އަދި މިއީ އޭގެ އެހެން ސަނަދެކެވެ. އަދި މިސަނަދަކީ އޭގައި ކަންބޮޑުވުމެއް ނުވާ ސަނަދެކެވެ. (އެބަހީ: ޞައްޙަ ރިވާޔަތެއް އޮންނަ ޙާލުގައި އެޔާއިއެކު ޤަބޫލު ކުރެވިދާނޭ އެއްޗެކެވެ.) ވީމާ ތިންމީހުން ތިބޭ އިރު، އެއްގޮތަކީ އިމާމުމީހާ ކުރިޔަށް ލައިގެން އަދި އަނެއް ގޮތަކީ އިމާމު މީހާގެ ކަނާތާއި ވާތުގައި ތިބެގެން، މިދެޞިފަވެސް ހުއްދައެވެ. އަދި ޞައްޙަކަން ބޮޑީ ފުރަތަމަ ބުނެވުނުގޮތެވެ. އެހެން ނޫނީ ބުނެވެނީ މި ˺ދެވަނަ ޞިފަ˹ މަންޞޫޚަ ވެފައިވާކަމެވެ. ޢިލްމުވެރިންތެރެއިން ބަޔެއް ބޭކަލުން ވިދާޅުވަނީ މިއީ ޖާގަދަތިވެއްޖެ ކަމުގައިވަނީ ނަމައޭ އެވެ...“

Читать полностью…

Galandān ގަލަންދާނު

⚠️ބިރަކާއި ނުލައި ތަކްފީރަށް އަރައިގަތުމީ ޖާހިލުކަމުގެ ޞިފަޔެކެވެ.

ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ قدس الله روحه ވިދާޅުވިއެވެ:

❞ އަދިކިއެއްހެއްޔެވެ؟ ތަކްފީރަކީ އެއިން މީހެއްގެ މުދަލާއި އޭނާގެ ލޭ އޮހޮރާލުން ހުއްދަކޮށްލާ އަދި އޭނާ ނަރަކައިގައި ދާއިމަށް ވާކަމުގެ މައްޗަށް ޙުކުމް ކުރެވޭ ޝަރުޢީ ޙުކުމެކެވެ. ވީމާ އެނެގުންވަނީ ޝަރުޢީ އެންމެހާ އަޙުކާމުތަކެއް ވެސް ނެގެވޭފަދައިންނެވެ. ބައެއްފަހަރު އެކަން އަންނަނީ ކަށަވަރާއި އެކީގައެވެ. އަދި ބައެއް ފަހަރަށް އަންނަނީ އޭގެމައްޗަށް އޮތް ތުހުމަތަށް ބޮޑުބުރަދަން ލިބިގެންނެވެ. އަދި ބައެއްފަހަރަށް އޭގައި ދެއަތަށް ކިރެވެއެވެ. އެހެންކަމުން، ދެއަތަށް ކިރެވެވުން އޭގައި އޮވެއްޖެ ކޮންމެ ހިނދެއްގައި އޭގެން މަޑުޖެހުމަށް (ތަވައްޤުފް ވުމަށް) އިސްކަންދެވެއެވެ. އަދި ތަކްފީރުތެރެއަށް އަވަސްއަރުވައިލުން ތަބީޢީގޮތެއްގައި ހުރެއްޖެމީހުންނީ، ޢާންމުގޮތެއްގައި އެބައެއްގެ ފުށުގައި ޖާހިލުކަން ގަދަވެ ހިއްޕާލައިފައިވާ މީހުންނެވެ. ❝

~ 🖋 ގަލަންދާނު

بل التكفير حكم شرعي يرجع إلى إباحة المال وسفك الدماء والحكم بالخلود في النار فمأخذه كمأخذ سائر الأحكام الشرعية فتارة يدرك بيقين وتارة يدرك بظن غالب وتارة يتردد فيه ومهما حصل تردد فالتوقف عن التكفير أولى والمبادرة إلى التكفير إنما تغلب على طباع من يغلب عليهم الجهل.

كتاب: بغية المرتاد في الرد على المتفلسفة والقرامطة والباطنية

Читать полностью…

Galandān ގަލަންދާނު

انا لله وانا اليه راجعون ، توفي ليلة البارحة الاخ ابو محمد المهاجر، ‏اللهم ارحمه واغفر له واغفر خطاياه وتجاوز عنه واسكنه فسيح جناتك. اللهم تقبل هجرته واكتب له شهادة في سبيلك

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

Join:
/channel/maktabahidayah

~Maktaba Al Hidayah~

بسم اللّه الرحمن الرحيم

📕މި ޗެނަލް އަކީ އިސްލާމީ އުއްމަތުގެ ޢިލްމްވެރިން ލިޔުއްވަފައިވާ ފޮތް ތަކުން ދިވެހި ބަހަށް ތަރުޖަމާ ކުރެވިފައިވާ ފޮތްތަކާއި އަދި ރާއްޖޭގެ ޝައިޚުންނާއި ޠުއްލާބުން ލިޔުއްވާފައިވާ ފޮތް ތަކާއި ލިޔުންތައް ޙިއްޞާ ކުރުމަށް ހެދިފައިވާ ޗެނަލް އެކެވެ. ދުޢާ އަކީ މި މަސައްކަތުން އެންމެހާ ލޮބުވެތި މުސްލިމް އަޙުންނާއި އުޚުތުންނަށް މަންފާ ލިބިގެން ދިޔުމެވެ.

وباللّه التوفيق

Читать полностью…

Galandān ގަލަންދާނު

ނަން: ބައްދަލް ވެދާނެބާ
ޅެން: އިބުނު ފަހުމީ ދީދީ،މުސާފިރު ( އަމިއްލަ ރާގް)
ރިކޯޑުކުރީ: ޣިނާޔާ (ބީޓޮލޮޖީ)
މިކްސިން އަދި މާސްޓަރިން: ޢިރުފާން
ޓެލެޖުރާމް ލިންކް: /channel/musafir_officials

Читать полностью…

Galandān ގަލަންދާނު

----------------------------
[1] Shaykh Ibn ‘Uthaymīn said: “The correct view is that the divorced woman, if it is a revocable divorce, is like a wife who has not been divorced, i.e., she may go out to visit her neighbours or relatives, or to go to the mosque to listen to exhortation and the like. She is not like the one whose husband has died. With regard to the words, “And turn them not out of their (husband’s) homes”, what is meant by turning them out is leaving, i.e., they should not leave the house and go and live in another house.”
— End quote from Fatāwā Nūr ʿalā al-Darb

Читать полностью…

Galandān ގަލަންދާނު



އަދި (އޭނާގެ) މި ޙަދީޘް ބެލެވެނީ ޖައްޔިދު ޙަދީޘްތަކުގެ ތެރޭގައެވެ. އަދި ޙަސަން ސަނަދު ތަކުގެ ތެރެއިންނެވެ. މިހެންކަމުން، މީގައި ނަބިއްޔު ﷺ އަށް ޞަލަވާތް ކިޔުމުގެ ފަޟުލު އެކުލެވެއެވެ. އަދި ނަބިއްޔު ﷺ އަށް ޞަލަވާތް ކިޔުމަކީ ފާފަ އާއި ކުށްތައް ފުއްސެވުމުގެ އަދި ދަރަޖަ އުފުއްލެވުމުގެ ސަބަބެއް ކަމާއި، އަދި ކަންބޮޑުވުންތައް ފިއްލެވުމުގެ ސަބަބެއް ކަމެވެ.

އެއީ މިބަސްފުޅުގެ މައްޗަށެވެ: (تُكْفَى هَمَّكَ) "ތިބާގެ ކަންބޮޑުވުންތަކަށް ފުދެއެވެ." އެބަހީ: ތިބާ އެކަމަކާއިގެން ކަންބޮޑުވާ ކަންކަން އަދި ބުރަކުރުވާ ކަންކަން ފިލައިދެއެވެ. އެހެނީ ހަމަކަށަވަރުން ނަބިއްޔު ﷺ އަށް ޞަލަވާތް ގިނަގުނަ ކުރުމުގެ ސަބަބުން ﷲ جل وعلا އެކަންކަން ތިބާއަށް ފުއްދަވައިދެއްވައެވެ.

އަދި މިޙަދީޘަކީ ޢާންމު އަދި މުޠްލަޤު ޙަދީޘެކެވެ. އަދި އިންސާނާ ކުރާ ކޮންމެ ކަމެއްގައިވިޔަސް، ކޮންމެ ވަޤުތެއްގައި ވިޔަސް ނުވަތަ ރޭގަނޑުގެ ކޮންމެ ވަޤުތަކަސް ނޫނީ ދުވާލުގެ ވިޔަސް، އޭގެ އަޖުރު ހޯދައިގަނެވި އޭގެ ޘަވާބު ލިއްބައިދެއެވެ.

— الشيخ سليمان العلوان


މަޞްދަރު: ”އަށްވަނަ ހުޅުވާލެވިފައިވާ ބައްދަލުވުން“ (اللقاء المفتوح الثامن) ގެ ސުވާލު ތަކުގެ ތެރެއިން.

~ ގަލަންދާން

Читать полностью…

Galandān ގަލަންދާނު

❝ Scholars, through their efforts, sacrifices, patience, and steadfastness, change the course of history and life, opening up lands just as they open up hearts, provided that they follow the Qurʾān wherever it leads and do not revolve around the backs of rulers as ordinary people do. ❞

— Shaykh Sulaymān Al-ʿAlwān
~ Galandān 🖋

العلماء بجهادهم وتضحياتهم وصبرهم وثباتهم يغيرون مجرى التاريخ والحياة ويفتحون الديار كما فتحت لهم القلوب بشرط أن يدوروا مع القرآن حيث دار ولا يجرون خلف السلطان كما جرى الرعاع.

Читать полностью…

Galandān ގަލަންދާނު

🗯Narrators According to the Authenticity of Their Ḥadīth

❝ Narrators can be divided into three categories according to the authenticity of their ḥadīth:

First: His ḥadīth is authentic in both his early and later days; the ḥadīth of such a person is authentic without exception (of age, time or place)

Second: His ḥadīth is authentic at the beginning, but then weakens afterward. This includes the narrator ʿAbd al-Razzāq, who changed in the latter part of his life, and Hishām ibn ʿUrwah, who is an absolute authority, but whose earlier ḥadīth is more authentic than his later ones. This also applies to Saʿīd ibn Abī ʿUrwah, who became confused in the later years of his life.

Third: His later ḥadīth is more authentic than his earlier ḥadīth, like Hammām bin Yaḥyā Al-Awdhī. ❞


— Shaykh Al-Muḥaddith ʿAbdullah Al-Saʿd (text)

~ Galandān 🖋

Читать полностью…

Galandān ގަލަންދާނު

ބިދުޢަ ޢާންމުވެފައިވާ ޙާލު ނުދަންނަ އިމާމެއް ފަހަތަށް ނަމާދަށް އެރުމާއިމެދު އޮތް މައްސަލާގައި ޚުލާޞާ، އަދި މީގެ މައްޗަށް ބަލައި: ސަލަފުންގެ ބަސްފުޅުތައް މާނަކުރުމުގައި ބަލަންޖެހޭ ހަމަތައް.





އިބްނު އަބީ ޔަޢްލާ "طبقات الحنابلة" (1/ 59) ގައި އަބޫ ބަކުރު އަލްމަރްވަޒީ ގެ ތަރުޖަމާ ގެންނަވަމުން ވިދާޅުވިއެވެ:

ޢަލްމަރްވަޒީ ވިދާޅުވިއޭ: ˺އިމާމް˹ އަޙްމަދާއި ސުވާލު ވެވޫނޭ: ”އަހަރެން މަގެއް މަތީ ހިނގާފައި ދަނިކޮށް ޤަމަތް ދެވޭ އަޑު ˺މިސްކިތަކުން˹ އިވިއްޖެނަމަ، ކަލޭގެފާނު ދެކެވަޑައިގަންނަވަނީ އަހަރެން ˺އެޖެހުނު ޖަމާޢަތަކާއި ގުޅި˹ ނަމާދު ކުރުމަށްތޯއެވެ؟“ އެކަލޭގެފާނު ވިދާޅުވިއެވެ: ”އަހަރެން ކުރިން ތިކަމުގައި ފަސޭހަ ކޮށްލަމެވެ. އެހެނަސް ˺ދަންނައެ˹ ބިދުޢަ ފެތުރިފައިވާ ނަމަ، ތިބާ ދަންނަ މީހެއް ފަހަތުގައި ނޫނީ ނަމާދު ނުކުރާށެވެ.“

🔘ތަޢާރަފު:
މަގުފުރެދުނު މީސްތަކުންގެ ތެރެއިން ބައިގަނޑެއް އިމާމް އަޙްމަދުގެ މިބަސްފުޅު އޭގެ ބޭރުފުށަށް ފަހުމް ކުރިއެވެ. އަދި ބިދުޢަތަކާއި ކުފުރާއި ޝިރުކު ފާޅުވެއްޖެނަމަ ، އެނގޭ މީހެއް ފަހަތުގައި މެނުވީ ނަމާދު ޞައްޙަ ނުވާނޭ ކަމަށް ކަނޑައެޅިއެވެ. އަދި އެހެންނަކުންވެސް ނޫނެވެ. މީސްތަކުންގެ އަޞްލަކީ އިސްލާމްކަން ކަށަވަރުވުމާއި ހަމަޔަށް ކުފުރު ކަމުގައި ވެސްބުނެ މިބަސްފުޅުން އެވެރިންގެ މަގުފުރެދުމަށް ސަލަފުން އަރިހުން ހެކިލިބޭކަމަށް ބުންޏެވެ.


🟡މިބަސްފުޅުގެ ރާޖިޙު މަފްހޫމް:

▫️ (1) އަޙްމަދުގެ ދަރިކަލުން އަބުލް ފަޟްލު ޞާލިޙް ”އަލްމަސާއިލު" (ނަންބަރު 452) ގައި ވިދާޅުވިއެވެ:

އަހަރެން ދެންނެވީމެވެ: ”އެމީހަކަށް ނޭނގޭ މީހެއް ފަހަތުގައި ނަމާދު ކުރުމަށް ކަންބޮޑުވާ މީހެއް ކަންތައް ކުރަންވީ ކިހިނަކުންތޯއެވެ؟“
˺އިމާމް.އަޙްމަދު˹ ވިދާޅުވިއެވެ: ”އޭނާ ފަހަތުގައި ނަމާދު ކުރުން ވެއެވެ. އަދި އެއީ ˺ކުފުރުވަނިވި˹ ބިދުޢައިގެ އަހުލެއް ކަން އެނގި ބަޔާން ވެއްޖެ ނަމަ، އެނަމާދު އިޢާދަ ކުރާށެވެ.“
قلت: من خاف أن يصلى خلف من لا يعرف؟
قال: يصلي فإن تبين له أنه صاحب بدعة أعاد.


▫️ (2) ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވިއެވެ:

”...ނަބިއްޔު ﷺ އަށްފަހުން މިއަދާއި ހަމަޔަށްވެސް، (ދީނީ ގޮތުން) އެމީހެއްގެ ޙާލަތް ނޭނގި ހުރެއްޖެ މީހެއްގެ ފަހަތުގައި ނަމާދު ˺ޞައްޙަކަމަށް ދެކި˹ މުސްލިމުން ހުއްޓައިނުލައި ކުރަމުންއައިސްފައިވެއެވެ...

...އަދި ބިދުޢަވެރިކަން ފެތުރިގެންވާނަމަ ބައެއްބޭފުޅުން ދަންނަ މީހެއް ފަހަތުގައި މެނުވީ ނަމާދު ނުކުރުމަށް ވިދާޅުވެއެވެ. މިވިދާޅުވުމީ މުސްތަޙައްބުގެ މާނައިގައެވެ. ˺ވާޖިބުގެ މާނައަކު ނޫނެވެ.˹ މިއީ އިމާމު އަޙްމަދުގެ އަރިހުން އެކަލޭގެފާނާއި ސުވާލު ކުރެއްވި ބޭފުޅަކަށް މިފަދައިން ވިދާޅުވިކަމަށް ނަގުދުވެފައިވާ ފަދައިންނެވެ. އަދި އެބަސްފުޅަކު، "އެމީހެއްގެޙާލަތު އެނގިގެންވާ މީހެއްގެ ފަހަތުގައި މެނުވީ ނަމާދު ޞައްޙަ ނުވާނެޔެކޭ" ˺އިމާމް˹ އަޙްމަދު ވިދާޅުނުވެއެވެ. “ أهـ . مجموع الفتاوى (3/280)

▫️ (3) އަދި އިމާމް އަޙްމަދުގެ މަޛުޙަބުގެ ޚިލާފުތަކުގައިވާ ރާޖިޙު ބަޔާން ކޮށްދެއްވާ އަލްމަރްދާވީ ގެ "އަލްއިންޞާފް" ގައިވެއެވެ:

”ދެވަނަ ކަމަކަށް: މަޛުހަބުގެ ޞައްޙަ ރައުޔުގެ މަތީން ، އެމީހަކީ ކާކުކަން ނޭނގޭ އިމާމެއް ފަހަތުގައި ނަމާދު ކުރުން ޞައްޙައެވެ. އަދި އެކަލޭގެފާނު (އެބަހީ: އަޙްމަދު އަރިހުން) ˺ނޭނގޭ މީހެއް ފަހަތުގައި އެކަން˹ ޞައްޙަ ނޫން ކަމަށްވެސް ޤަޥްލުވެއެވެ. އަދި އެކަލޭގެފާނު އަރިހުން އެނގޭ މީހެއް ފަހަތުގައި މެނުވީ ނަމާދު ނުކުރުމަށް ރިވާވެގެން ވެއެވެ. އަބޫ ބަކުރު ވިދާޅުވިޔޭ: މިއީ މުސްތަޙައްބު ވެގެންވާ ގޮތުގެ މާނައިގައެވެ. (ވާޖިބުގޮތެކޭ ނޫނެވެ.)“


📝 އަހަރެން ބުނަމެވެ: މިއަބޫ ބަކުރު އަކީ އަޙްމަދުގެފާނުގެ އިސް ދަރިވަރު، އަބޫ ބަކްރު އަލްޚައްލާލުގެ އަރިހުން އެދުރުވި ބޭކަލެކެވެ. މަޝްހޫރީ "ޚައްލާލުގެ ޣުލާމު" ގެ ނަމުންނެވެ. ޙަންބަލީ މަޛުހަބުގެ އިމާމެކެވެ. މުފައްސިރު މުޙައްދިޘެކެވެ.


🟡މީގައި ޖަމަޢަވެގެންވާ މާނަ:

އެހެންކަމުން އިމާމް އަޙްމަދުގެ މަޛުހަބު ބަޔާން ކުރައްވައި ޝަރަޙަ ކުރެއްވި ދަރުވަރުންނާއި އިމާމުންގެ ބަސްތަކުގެ މަތީން، މިބަސްފުޅު: ”ބިދުޢަ ފެތުރިފައިވާ ނަމަ، ތިބާ ދަންނަ މީހެއް ފަހަތުގައި ނޫނީ ނަމާދު ނުކުރާށޭ“ ގެ މުރާދަކީ، މުސްތަޙައްބު ގޮތެވެ. ނުކުރުން އެދެވިގެންވާ ކަމެވެ. އެހެނަސް ނޭނގޭ މީހެއް ފަހަތު އެކަން ޞައްޙަ ނުވާނެކޭ ނޫނެވެ. ނަުވަތަ އެނގޭ މީހެއް ފަހަތުގައި ކުރުން ވާޖިބު ކަމުގައެއްވެސް ނޫނެވެ.

=

Читать полностью…

Galandān ގަލަންދާނު

▫️
Question: Is it permissible to combine tasbīḥ, taḥmīd and takbīr in one sentence or is it separated?
Answer: “The apparent meaning of the aḥadīth suggest separation, but if it is combined ˹there is no objection˺, the matter is unrestricted.”


— Al-Shaykh Al-Muḥaddith ʿAbdullah Al-Saʿd (text)

~ Galandān 🖋

Читать полностью…

Galandān ގަލަންދާނު

⬆️Various Names for the Science of ʿAqīdah (Creed)

The books on the science of ʿAqīdah are many!

«التوحيد»

⬆️ And scholars sometimes call it “Tawḥīd” (Monotheism), such as Al-Dārimī, Ibn Khuzaymah, Ibn Mandah, and Al-Harawī, and from the books⁽¹⁾ of Ṣaḥīḥ Al-Bukhārī: “The Book of Tawḥīd”.

«الإيمان»

⬆️ And sometimes they call it “Al-Īmān” (Faith), such as the Book of Al-Īmān by Abū ʿUbayd Al-Qāsim bin Sallām, Ibn Abī Shaybah, and Al-ʿAdanī, and from the first books of Ṣaḥīḥ Al-Bukhārī, likewise the first book in Ṣaḥīḥ Muslim, “The Book of Al-Īmān”.

«السنة»

⬆️ And sometimes they call it “Al-Sunnah”, such as the book “Al-Sunnah” by ʿAbdullah bin Al-Imām Aḥmad, Ḥarb Al-Kirmānī, Ibn Abī ʿĀṣim, and Ibn Naṣr Al-Marwazī.

«الاعتقاد»

⬆️ And sometimes they call it “Iʿtiqād”, such as: Iʿtiqād Al-Awzāʿī, Al-Thawrī, and the book of Al-Lālakāī: “Sharḥ Uṣūl Al-Iʿtiqād”, and others.

«الشريعة»

⬆️ And sometimes they call it “Al-Sharīʿah”, such as the book of Al-Ājurrī and Ibn Baṭṭah.

«الفقه الأكبر»

⬆️ Sometimes it is called “Al-Fiqh Al-Akbar” (The Greater Jurisprudence), such as the book attributed to Abū Ḥanīfah.

«أصول الدين»

⬆️ Sometimes it is called “Uṣūl Al-Dīn” (The Fundamentals of Religion), such as the book “Uṣūl Al-Dīn” by Al-Bukhārī and Muḥammad ibn Saḥnūn.

«معالم الدين»

⬆️ Sometimes it is called “Maʿālim Al-Dīn” (The Features of Religion), such as Ibn Jarīr’s book “Al-Tabṣīr Fī Maʿālim Al-Dīn”.


— Al-Shaykh Al-Muḥaddith ʿAbdullah Al-Saʿd (text)

~ Galandān 🖋


----------------------------
[1] Ṣaḥīḥ Al-Bukhārī is structured into 97 books and 3,450 sections. Ṣaḥīḥ Muslim is structured into 56 books.

Читать полностью…

Galandān ގަލަންދާނު

އަލްއިމާމް އަލްޚަޠީބުއް ޝިރްބީނީ އައްޝާފިޢީ رحمه الله تعالى [مغني المحتاج 1/ 314] ގައި ވިދާޅުވިއެވެ: ”އެނގިހުރެ ˺އެއްޗެއް ބޭނުން ކުރުމުގެ ސަބަބުން˹ މަސްތުވެއްޖެ ނޫނީ މޮޔަވެއްޖެ ނޫނީ ހޭނެތިއްޖެ މީހާ، ހޭވެރިކަން އައިސްފިނަމަ އޭނާގެ މައްޗަށް އެމުއްދަތުގައި ފާއިތުވި ނަމާދުތައް ޤަޟާއު ކުރުން ވާޖިބުވެގެން ވެއެވެ. އެއީ އޭނާ އުރެދުމުގެ ސަބަބުންނެވެ. ފަހެ އޭނާއަށް އެއީ މަސްތުވާއެއްޗެއް ކަން ˺ބޭނުން ކުރިއިރު˹ ނޭނގޭނަމަ، ނޫނީ އޭނާއަށް އެކަން ކުރާން މަޖުބޫރު ކުރެވުނީނަމަ، އޭނާއަށް އޮތް ޢުޛުރުގެ ސަބަބުން ޤަޟާއުކުރުމެއް އޭނާގެ މައްޗަށްނުވެއެވެ.“

މީގެ މައްޗަށް ބިނާކޮށް ބުނަމެވެ: މީހަކު މަސްތުވާތަކެތި ބޭނުން ކޮށް، އޭނާގެ ބުއްދިއަށް ހޭވެރިކަން ގެއްލިދިޔުން ނުއަންނަ ނަމަ، ފަހެ އޭނާގެ އެނަމާދު ޞައްޙަވެގެން ވެއެވެ. އެހެނަސް އޭނާގެ ބުއްދިއާއި ހޭވެރިކަން މަސްތުވާތަކެތީގެ ސަަބަބުން ފިލައިގެން ގޮސްފައި ވަނިކޮށް އޭނާ ނަމާދު ކޮށްފި ނަމަ، އޭނާގެ އެނަމާދު ޞައްޙަ ވެގެން ނުވެއެވެ. އަދި އެ އިޢާދަ ކުރުން ނޫނީ ޤަޟާއު ކުރުން އޭނާގެ މައްޗަށް ވާޖިބުވެގެން ވެއެވެ. —والله تعالى أعلم.❝


އިސްލާމްވެބް ގެ ފަތުވާ މަޖިލިހުން ވިދާޅުވިއެވެ:

❞...˺މަސްތުވާ އެއްޗެއްގެ ސަބަބުން˹ އޭނާގެ ބުއްދި ފަނޑުވެ، ކުރެވޭ ނުކުރެވޭ އެއް ނޭނގޭ ޙާލު ނަމާދު ކުރާ މީހާ، ފަހެ އޭނާ ގެ އެ ނަމާދު ވަނީ ބާޠިލުވެގެންނެވެ. އޭނާ ހަމަހޭ ޖެހިއްޖެނަމަ އެނަމާދު ކޮންމެހެންވެސް އިޢާދަ ކުރަަންޖެހޭނެއެވެ. އެހެނަސް މަސްތުގެ އަޘަރާއިއެކު އޭނާއަށް ވާނުވާ އެނގޭ ޙާލު ނަމާދުކޮށްފި މީހާ، ފަހެ އޭނާގެ އެނަމާދު ޖާއިޒެވެ. އަދި އިޢާދަކުރުން ލާޒިމެއް ނޫނެވެ.

އަލްއިމާމް އައްޝާފިޢީ ـ رحمه الله تعالى ـ ”އަލްއުއްމު“ ގައި ވިދާޅުވިއެވެ: ”ވީމާ މަސްތުގެ ޙާލަތުގައި ނަމާދުކޮށްފި މީހާގެ ނަމާދު ހެޔޮވެގެން ނުވެއެވެ. އެހެނީ ﷲ عز وجل ވަނީ އޭނާ އަށް ކިޔޭ ނުކިޔޭ އެނގުމަށް ދާންދެން ނަމާދު ކުރުން ނަހީ ކުރައްވާފައެވެ. ...މީގެ މައްޗަށް ބަލައި: މަސްތުވެފައިވާ މީހާ ނަމާދު ކޮށްފިނަމަ، ހޭވެރިކަން އޭނާއަށް އަންނަހިނދު، އެނަމާދު އިޢާދަ ކުރަން ޖެހޭނެއެވެ. އަދި ˺މަސްތުގެ˹ ޙަރާމް އެއްޗެއް ބޮއެފި މީހާ މަސްތެއްނެތި ނަމާދު ކޮށްފިނަމަ، އޭނާ އެހެރީ ޙަރާމް އެއްޗެއް ބުއިމުގެ މައްޗަށް ފާފަވެރިވެފައެވެ. އެހެނަސް އޭނާގެ މައްޗަށް އެ ނަމާދު އިޢާދަ ކުރުމެއް ނުވެއެވެ. އެހެނީ އޭނާ އަކީ ކިޔޭނުކިޔޭ އެނގޭ މީހެކެވެ. އެއާ ޚިލާފަށް (السكران) މަސްތުވެފައިހުރި މީހަކީ، އޭނާއަށް ކިޔޭ ނުކިޔޭ ނޭނގޭ މީހާއެވެ.“ — اه‍ــ. ❝


~ ގަލަންދާނު 🖋

ـــــــــــــــــــ
[1] ހަނަފީންގެ ފިޤުވެރީން ވިދާޅުވެއެވެ: ”މިކަމުގައި އޮތް އިސްލާމީ ޙުކުމަކީ، މީހަކު މަސްތުވާތަކެތި ބޭނުން ކޮށް އެހެނަސް މަސްތުގެ ޙާލަތެއްގައި ނުވާނަމަ އަދި ކޮންމެވެސް ވަރެއްގެ ކޮންޓްރޯލެއް އަދި އޭނާގެ ވަށައިގެން ހިނގާ ކަންކަމުގެ ވާނުވާ އެނގުމެއް ހުރެއްޖެނަމަ، އޭނާގެ ވުޟޫއު ދެމިހުންނާނޭ ކަމެވެ. އެހެނަސް އޭނާ މަސްތުވެ ކޮންމެވެސް ވަރެއްގެ ކޮންޓްރޯލެއްވެސް ނެތި އަދި އޭނާގެ ވަށައިގެންވާ ކަންކަމުގެ ފަހުމެއްވެސް ނެތިއްޖެނަމަ، އޭނާގެ ވުޟޫއު ކެނޑިދެއެވެ. މިހެން ކަމުން އޭގެ ދަށުން ކުރެވޭ ނަމާދު ޤަބޫލުވެވިގެން ނުވެއެވެ.“ (ބެލުމަށް)

Читать полностью…

Galandān ގަލަންދާނު

💎 އަންހެންވެރިންގެ ޖަމާޢަތެއްގައި އިމާމުވެ ނަމާދު ކުރާ އަންހެނާ ހުންނަން ޖެހޭތަނަކީ ކޮބާހެއްޔެވެ؟


ޝާފިޢީންގެ އިމާމް، އަލްޤާޟީ އަބޫ ޠައްޔިބް ޠާހިރުއް ޠަބަރީ (450 ހ.) ”އައްތަޢްލީޤަތުލް ކުބްރާ ފިލް ފުރޫޢް“ ގައި ވިދާޅުވިއެވެ:

ފަޞްލު: އަންހެނުންގެ ޖަމާޢަތެއްގައި ˺އަންހެނެއް އިމާމުވެ˹ ނަމާދުކުރުން މުސްތަޙައްބުކަން ޘާބިތުވެއްޖެ ނަމަ، ދަންނައެ، އެކަނބުލޭގެ ހުންނަން ޖެހެނީ ˺ޞަފުގެ˹ މެދުގައެވެ.

[މިއީ އިމާމް އައްޝާފިޢީ "އަލްއުއްމު" (1/293) ގައި ވިދާޅުވެފައިވާ ބަސްފުޅެވެ. އަދި މިއީ ޝާފިޢީގެފާނުގެ ދަރިވަރުން ތެރޭ ދެބަސްވުމެއްނެތި ކަނޑައެޅިފައިވާ ރައުޔެވެ.]

އަދި މީގެ އަޞްލަކީ ޢާއިޝާ رَضِيَ ٱللَّٰهُ عَنْهَا އަރިހުން އެކަމަނާ އަންހެންވެރިންނާއި އެކު ޢަޞްރު ނަމާދު ކުރައްވައި، އެނަމާދުގައި އެވެރިންގެ މެދުގައި ހުންނެވިކަމަށް ވާރިދުވެފައިވާ ރިވާޔަތެވެ. އަދި އުއްމު ސަލަމާ އަރިހުންވެސް މިއާއި އެއްގޮތްކޮށް ރިވާވެފައިވެއެވެ.⁽¹⁾

އަދި އެހެނީ އެކަނބުލޭގެ ˺ޞަފުގެ˹ މެދުގައި ހުރުމުން އެއީ އެކަނބުލޭގެއަށް ވާ ނިވަލެކެވެ. އަދި ˺ވަކިން˹ ، ކުރީގައި ހުރެއްޖެނަމަ ބައްޓަން ހާމަވެ ހުރެއެވެ... ⁽²⁾

އަދި މިގޮތާއި ޚިލާފުވެ އެކަނބުލޭގެ ކުރިޔަށް ޖެހި ހުރެއްޖެނަމަ ނުވަތަ ފިރިހެން އިމާމެއްވެސް ހުންނަންޖެހޭގޮތާއި ޚިލާފުވެ ފިރިހެނުންގެ ˺ޞަފުގެ˹ މެދުގައި ހުރެއްޖެނަމަ، އޭރުންވެސް އެނަމާދު ޞައްޙައެވެ. (އެބަހީ: ބާޠިލެއް ނުވެއެވެ.) އެހެނީ އެންމެ ބޮޑަށްވެސް އެކަމާއިމެދު ބުނެވުން ވަނީ އޭނާއަށް ހުރުން ސުންނަތް ތަނެއް ދޫކޮށްލިކަމުގައެވެ. އަދި އެއީ އޭނާ ނޫން މީހަކަށް ސުންނަތް ތަނެއްވެސް މެއެވެ.

މިކަމާއި އެއްގޮތްވެގެން ވަނީ، މީހަކު ނަމާދު ކުރާއިރު މައުމޫމެއް ކަމުގައި ވާއިރު އިމާމު މީހާގެ ވާއަތުގައި ހުރުމެވެ. ފަހެ އެހެންވިޔަސް އެ ނަމާދު ޞައްޙައެވެ.


📝 އަހަރެން ބުނަމެވެ: މިމައްސަލާގައި އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން ވިދާޅުވިއެވެ:

❞ (އަންހެނުން މެދުގައި ހެދޭ ޖަމާޢަތެއްގައި އަންހެނެއް އިމާމުވުމުގައި) މައްސަލައެއް ނުވެއެވެ. އެހެނީ މިއީ އަޞްޙާބުންގެ ތެރެއިން ބައިގަނޑެއް ގެ އަރިހުން ވާރިދުވެފައިވާ ކަމެކެވެ. އަދި އަންހެން ˺އިމާމާ˹ ހުރުންވަނީ ˺ޞަފުގެ˹ މެދުގައެވެ. އަދި ޖަހްރިއްޔަ ނަމާދުތަކުގައި ކިޔެވުން ވަނީ އަޑު ފާޅުކޮށެވެ. އަދި މިއީ ޖުމްހޫރު ޢިލްމުވެރިންގެ ޤަޥްލެވެ. އެއާ ޚިލާފަށް އަބޫ މުޙައްމަދު ބުނު ޙަޒަމް ދެކިލެއްވީ އަންހެން އިމާމާ ˺ވަކިން˹ ކުރީގައި ހުރުމެވެ. ދެންފަހެ ފިރިހެނުންނަށް އެކަނބުލޭގެ އިމާމުވުން އެކަނބުލޭގެއަށް ނަހީވެގެން ވެއެވެ. އެއީ ސުންނަތް ނަމާދެއްގައި ވިޔަސްއެވެ. އަދި އެއީ މަހުރަމުންނާއި އެކުގައި ވިޔަސް އެވެ...❝


📌ފައިދާއެއް: އިބްނު ޙަޒަމުގެ ރައުޔާއި އެއްބަސްވާ ބަޔެއް ޢިލްމުވެރިން މިބާބުގައި ވާރިދުވެފައިވާ ރިވާޔަތްތައް ބަލިކަށި ކުރައްވައެވެ. އެގޮތުން އަންހެނުންގެ އިމާމު ޞަފުގެ މެދުގައި ހުރުމަށް ޚާއްޞަދަލީލެއް ނެތްކަމުގައި ވިދާޅުވެއެވެ. އޭގެ ތެރޭގައި އައްޞާދިޤް އަލްޙާޝިމީ ހިމެނިލައްވައެވެ.


📌ފައިދާއެއް: އަލްޢަލްވާން ވިދާޅުވިއެވެ: ”އުއްމު ވަރަޤާ އަށް އެކަމަނާގެ ގޯތީގެ އަހުލުންނަށް އިމާމުވެ ނަމާދު ކުރުމަށް ނަބިއްޔު ﷺ އަމުރު ކުރެއްވިކަމަށް އޮތް ޙަދީޘާއިމެދު ދަންނައެ، އެއީ މަޢުލޫލު (ހާމަނޫން ބަލިކަށިކަން ހިމެނޭ) ޙަދީޘެކެވެ. އަދި ދަލީލެއް ގޮތުން އެބޭނުން ކުރުން ޞައްޙަ ނޫނެވެ. ރަނގަޅު ބުނުމީ، އަންހެންވެރިންނަށް އަންހެނެއް އިމާމުވެ ނަމާދުކުރުން ހުއްދަކަމުގައި ވުމެވެ. (އޭގައި އަމުރެއް އޮތްކަމުގައެއް ނޫނެވެ.)“


~ ގަލަންދާނު 🖋

ــــــــــــــــــ
[1] ނަވަވީއިމާމު ވިދާޅުވިއެވެ: ”ސުންނަތް ގޮތީ އަންހެނާ އިމާމުވާއިރު ˺ޞަފުގެ˹ މެދުގައި ހުރުމެވެ. އެއީ ޢާއިޝަތުގެފާނާއި އުއްމު ސަލަމާ އަންހެން ވެރިންނަށް އިމާމުވެލެއްވި އިރު އެދެބޭކަނބަލުންވެސް އެވެރިންގެ ˺ޞަފުގެ˹ މެދުގައި ހުންނެވިކަމަށް ވާރިދުވެފައިވާ ޚަބަރުތަކުގެ މަތީންނެވެ.“ (المجموع شرح المهذّب ج/4 ص/192)

ނޯޓް: ނަވަވީއިމާމު ޢާއިޝަތުގެފާނުގެ ރިވާޔަތާއިމެދު ވިދާޅުވިއެވެ: ”އޭގެ ސަނަދު ޞައްޙައެވެ.“ (خلاصة الأحكام ٦٧٩/٢) އަދި އުއްމު ސަލަމާ ގެ ރިވާޔަތް (خلاصة الأحكام ٦٨٠/٢) ގައި ޙަސަން ކަމަށް ވިދާޅުވިއެވެ.
ޢާއިޝަތުގެފާނުގެ ޚަބަރުފުޅު ރިވާކުރެއްވީ: އައްޝާފިޢީ "އަލްއުއްމު" (۲۹۲/۱) ގައި އަދި އައްދާރަޤުޠުނީ "ސުނަން" (٤٠٤/١) ގައި، އަދި އަލްބައިހަޤީ "السنن الكبرى" (١٣١/٣) ގައި.
އުއްމު ސަލަމާ ގެ ޚަބަރުފުޅު ރިވާކުރެއްވީ: އައްޝާފިޢީ "المسند" (۱۰۷/۱) ގައި ، އަދި ޢަބްދުއް ރައްޒާއް "المصنف" (١٤٠/٣) ގައި، އަދި އައްދާރަޤުޠުނީ "ސުނަން" (٤٠٥/١) ގައި، އަދި އަލްބައިހަޤީ "السنن الكبرى" (١٣١/٣) ގައި.

[2] އިބްނު ޤުދާމާ المغني (ج/1ص/347) ގައި ވިދާޅުވިއެވެ: ”އަންހެނުން އިމާމު ވާއިރު، ކޮޅަށްހުރުން ވަނީ ހުރިހާ ޙާލަތެއްގައިވެސް ˺ޞަފުގެ˹ މެދުގައެވެ. އެހެނީ އެކަނބަލުންނީ ˺އެކީއެއްކޮށް˹ ޢަޥްރައެކެވެ.“

Читать полностью…

Galandān ގަލަންދާނު

4⃣ ޞަފުގައި ތިބެންވީ އިމާމު މީހާއާއި އެއްހަމައިގައިތޯ ނޫނީ ކުޑަކޮށް ފަހަތުގައިތޯ؟

ދެންފަހެ ˺އިމާމު މީހާގެ އެއްފަރާތުގައި ހުންނަން ޖެހިއްޖެ މައުމޫމު˹ އޭނާ ހުންނަންވީ އިމާމު މީހާ އާއި އެއްވަރަށް، އޭނާއަށް ވުރެ ކުރިޔަށް ވެސް ނުޖެހި ފަހަތަށްވެސް ނުޖެހިތޯ، ނުވަތަ ކުޑަކޮށް ފަހަތުގައިތޯ އާއިމެދު ދަންނައެ، ޢިލްމުވެރިން ގެ ޖުމްހޫރުންގެ ޤަޥްލަކީ އޭނާ ހުންނަޖެހޭނީ ކަނާތުގައި އަދި ކުޑަކޮށް ފަހަތުގައި ކަމެވެ. އެއީ އިމާމު މީހާގެ ފުންނާބާއި އެއް ހަމަޔެއްގައޭ އެވެ.

"އަލްމުބްދިޢު" ގައި ވެއެވެ: ”އޭނާއަށް އެދެވިގެންވަނީ ކުޑަކޮށް ފަހަތުގައި ހުރުމެވެ. އެއީ ˺އިމާމަށްވުރެ˹ ކުރިޔަށް ޖެހެވިދާނޭކަމުގެ ބިރަށެވެ.“ އަދި އަބޫ ޙަނީފާގެ ޞާޙިބު މުޙައްމަދު ވިދާޅުވިޔޭ: ”އޭނާގެ ފައިގެ އިނގިލިތަށް ހުންނަން ޖެހޭނީ އިމާމު މީހާގެ ފުންނާބާއި އެއްހަމައިގައެވެ.“ އަދި އިބްނު ޙަޖަރު "އަލްފަތުޙް" ގައި ވިދާޅުވިއެވެ: ”އަހަރެމެންގެ ˺ޝާފިޢީންގެ˹ އަޞްޙާބުން ވިދާޅުވަނީ: މައުމޫމަށް މުސްތަޙައްބު ވެގެން ވަނީ ކުޑާކޮށް ފަހަތުގައި ހުރުމޭ އެވެ.“

އަދި މިބުނުމުގެ މައްޗަށްވާ ދަލީލަކީ، އިމާމު މީހާގެ މަޤާމަކީ މައުމޫމު މީހާއަށް ވުރެ ކުރީގައިވާ އެއްޗެއް ކަމުގައި ވުމެވެ.

☝️މިއާއިއެކު ޞައްޙަވެގެންވަނީ ˺އެކަކުގެ ޙާލަތުގައި˹ ކަނާތުގައި އަދި އިމާމު މީހާއާއި އެއްހަމައިގައި ހުރުމެވެ. އޭނާއަށްވުރެ ކުރިޔަށް އަދި ފަހަތަށްވެސް ނުޖެހިއެވެ. 

އަދި މިކަމުގައި އޮތް ދަލީލަކީ: މާލިކު "މުވައްޠައު" ގައި އަދި އަލްބައިހަޤީ "ސުނަން" ގައި ޢަބްދު ﷲ ބުނު ޢުތުބާ ބުނު މަސްޢޫދު އަރިހުން ގެންނެވި ރިވާޔަތެވެ. ވިދާޅުވިޔޭ: ”ޢުމަރު ބުނުލް ޚައްޠާބު އަރިހަށް މެންދުރުވުމުގެ އިރުގަނޑެއް ކުރިން ތިމަންކަލޭގެފާނު ވަޑައިގެންނެވީމޭ، އަދި އެހިނދު އެކަލޭގޭފާނު (ސުންނަތް) ނަމާދަށް ހުންނަވަނިކޮށް ދެކެވަޑައިގެން އެކަލޭގެފާނުގެ ފަހަތުގައި ˺ނަމާދުގައި ބައިވެރިވެ˹ ހުއްޓިވަޑައިގެންފީމެވެ. އެހެނަސް އެކަލޭގެފާނު އަހަރެން ދަންމަވައި އެކަލޭގެފާނާއި އެއްހަމަޔަކަށް އެކަލޭގެފާނުގެ ކަނާތަށް ގެންނެވިއެވެ. ދެން ޔަރްފައު އެތަނަށް ވަޑައިގެންނެވުމުން އަހަރެން ފަހަތަށް ޖެހި މިކަލޭގެފާނާއިއެކު ˺ޢުމަރުގެފާނުގެ ފަހަތުގައި˹ ދެވެރިން ޞަފެއް ހެދީމެވެ.“

އަދި އިބްނު ޖުރައިޙުގެ އަރިހުން ރިވާވެގެންވެއެވެ. ވިދާޅުވިޔޭ: ”ޢަޠާއު އަށް އަހަރެން ދެންނެވީމޭ: މީހަކު އެހެން މީހަކާއި އެކު ނަމާދު ކުރާނަމަ އޭނާ ހުންނަން ޖެހޭނީ ކޮންތާކުހެއްޔެވެ؟ ވިދާޅުވިއެވެ: "އޭނާގެ ކަނާއަތުގައެވެ." އަހަރެން ދެންނެވީމޭ: އޭނާ ހުންނަންވީ އެއްހަމައެއްގައިހެއްޔޭ އެއީ އެކަކަށްވުރެ އަނެކާ އިސް ނުވާހެން؟ ވިދާޅުވިއެވެ: "އާއެކެވެ." އަހަރެން ދެންނެވީމެވެ: ކަލޭގެފާނު ލޯބިކުރައްވަނީ އޭނާއާއި ދެމެދު ހުސްޖާގައެއް ނުވާހެން ޖެހިގެން ހުރުމަށް ހެއްޔެވެ؟ ވިދާޅުވިއެވެ: "އާއެކެވެ." — ރިވާކުރެއްވީ ޢަބްދުއް ރައްޒާޤެވެ.

އަދި އަލްބުޚާރީ رحمه الله ˺އެކަލޭގެފާނުގެ ޞަޙީޙުގައި˹ ބާބެއް ކަނޑައަޅުއްވައި ނަންދެއްވިޔޭ: ބާބު: ދެމީހެއް ˺އެކަނި ނަމާދުކުރާ˹ ނަމަ، އިމާމަކަށް ވާ މީހާގެ ކަނާއަތުގައި އެއްހަމަޔެއްގައި އެއްވަރަށް ހުރުން.
والله أعلم.

އިތުރަށް ބެލުމަށް: އިސްލާމްވެބް (7010)


=

Читать полностью…

Galandān ގަލަންދާނު

.
تصحيح: توفي الأخ ليلة الثلاثاء — الله يرحمه

Читать полностью…

Galandān ގަލަންދާނު

/channel/boost/qalandhar

Читать полностью…

Galandān ގަލަންދާނު

🖋 ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

🔗ނޯޓް: މިޅެމުގެ މައިގަނޑު ކަޑި އަދި އޭގެން ބަޔެށް ވަޒަންތައް ބިނާ ކޮށްފައިވަނީ، ގަލަންދާނުގެ މުއައްސިސުގެ މިޅެމުން ކަމުގައި ވިޔަސް، އޭގެ ބޮޑުތަރުތީބެއް ކޮށްފައިވަނީ މުސާފިރް އެވެ.

جزاهم الله خيراً وزادهم توفيقاً

~ ގަލަންދާން

Читать полностью…

Galandān ގަލަންދާނު

ނަން: ބައްދަލް ވެދާނެބާ
ޅެން: އިބުނު ފަހުމީ ދީދީ،މުސާފިރު ( އަމިއްލަ ރާގް)
ރިކޯޑުކުރީ: ޣިނާޔާ (ބީޓޮލޮޖީ)
މިކްސިން އަދި މާސްޓަރިން: ޢިރުފާން
ޓެލެޖުރާމް ލިންކް: /channel/musafir_officials

Читать полностью…

Galandān ގަލަންދާނު

Ijmāʿ On Prohibition Of Women Moving Out From Their Marital Home In The Waiting Period After The Divorce (ʿIddah)


Allah says:
▶️لَا تُخۡرِجُوهُنَّ مِنۢ بُيُوتِهِنَّ وَلَا يَخۡرُجۡنَ إِلَّآ أَن يَأۡتِينَ بِفَٰحِشَةٍ مُّبَيِّنَةٍۚ وَتِلۡكَ حُدُودُ ٱللَّهِۚ وَمَن يَتَعَدَّ حُدُودَ ٱللَّهِ فَقَدۡ ظَلَمَ نَفۡسَهُۥۚ ◀️
{And turn them not out of their (husband’s) homes nor shall they (themselves) leave, except in case they are guilty of some open illegal sexual intercourse. And those are the set limits of Allah. And whosoever transgresses the set limits of Allah, then indeed he has wronged himself.} [Al-Ṭalāq, Verse 1]

So here Allah orders:

1⃣The husband to not move out the divorced wife during the waiting period , rather Allah refers to the home as "her home".
2⃣Allah orders the wife to not to move out from the home in her waiting period.


Ibn ʿAbd Al-Barr stated:

وأجمعوا أن المطلقة طلاقاً يملك فيه زوجها رجعتها أنها لا تنتقل من بيتها


“ ˹The scholars˺ agreed that a divorced woman with a divorce in which her husband has the power to take her back, that she is not to move out from her home.” —End Quote.

Al- Ḥiṣnī Al-Shāfiʿī said: “The woman observing iddah must remain in the residence of iddah and it is not permissible for her to leave it or be evicted except for an (sharʿī) excuse, this has been ordered im explicit text of Noble Qur’an. Allah the Most High said: {Do not turn them out of their houses, nor should they leave}. Even if both (the spouses) agreed that she should move to another home, this is not permissible, without an excuse. In such a case the ruler has the right to prevent that; Because the waiting period is the right of Allah Almighty and it was required in that house, so just as it is not permissible to nullify the original waiting period, it is also not permissible to nullify its characteristics.”

Al-Buhūtī Al- Ḥanbalī said: “...Allah says {Do not turn them out of their houses, nor should they leave} this is even if the divorcer gave her permission to leave, or not; because this is one of the rights of the iddah and it is a right of Allah Almighty, so the husband does not have the right to waive any of its rights, just as he does not have the right to waive it, that is, the iddah itself.”

Al-Qurṭubī said: “it means, the husband does not have the right to expel her from the marital home as long as she is in her iddah, and likewise she is not permitted to leave (the place) for the sake of the husband’s right, except for an obvious necessity (ḍarūrah ẓāhirah). If she leaves (without such an excuse), she has sinned...”

The Ḥanafīs and Shāfiʿīs stated that they aren't allowed to even go out (briefly) whether be it during the day nor during the night. And they used as evidence the apparent meaning of the verse...

(And the Ḥanafīs stated a view that even if the husband (i.e. divorcer) gave her permission to go out for a permitted matter, she is not allowed to go out, as the right is for Allah and not in the hands if the husband.) ⁽¹⁾

And the Ḥanbalīs and Mālikīs stated that they are allowed to go out for necessities during the day and not during the night.

And for permitted matters, she is not allowed to go out, except with the permission of the husband.
Based upon above, there is no disagreement with the scholars that, for revokable divorce, without the case of Zinā (or similar fāḥishah) and without a clear apparent sharʿī excuse:

Any husband who allowed his wife in Iddah to move out from marital home, is upon sin.

Any woman who moves out of their marital home during iddah, is upon sin.

▶️وَتِلۡكَ حُدُودُ ٱللَّهِۚ وَمَن يَتَعَدَّ حُدُودَ ٱللَّهِ فَقَدۡ ظَلَمَ نَفۡسَهُۥۚ ◀️
“.. those are the set limits of Allah. And whosoever transgresses the set limits of Allah, then indeed he has wronged himself.”

Allah Knows Best.


~ Galandān 🖋

Sources: Dr. ʿAlī Ḥasan Al-Rūbī (via Alūkah) , Sh. Khālid Munʿim ʿAbd Al-Rifāʿī (Fatwā via Islamway), Fatwā (via Islamonline)

Читать полностью…

Galandān ގަލަންދާނު



📌 ހުކުރު ވިލޭރެޔާއި ހުކުރު ދުވަހު ނަބިއްޔު ﷺ އަށް ޞަލަވާތް ކިޔުން ޚާއްޞަ ވުން

ސުވާލު: ﷲ ތިބާއަށް ޢަފޫ ކުރައްވާށިއެވެ. ޝައިޚެވެ! ނަބިއްޔު ﷺ އަރިހުން ހުކުރު ވިލޭރެޔާއި ހުކުރު ދުވަހުގައި އެކަލޭގެފާނަށް ޞަލަވާތް ކިޔުމުގެ މާތްކަމާއި މެދު ވާރިދުވެފައިވޭ ހެއްޔެވެ؟

ޖަވާބު: އާއެކެވެ. މިކަމުގެ މައްޗަށް ގިނަ ޙަދީޘްތަކެއް ވާރިދުވެފައިވެއެވެ. ގާތްގަނޑަކަށް ފަނަރަ ޙަދީޘް އާއި ގާތްކުރެއެވެ. އެހެނަސް އެއިން އެއްވެސް އެއްޗެއް ޞައްޙައެއް ނޫނެވެ. އަދި އެހުރިހާ އެއްޗެއްވެސް މަޢްލޫލެވެ. (ޞައްޙަ ނޫންކަމުގެ ޢައިބު އެކުލެވެއެވެ.)

އަދި އެކަތި ކޮށްގެން އެ (ރިވާޔަތްތައް) ވަރުގަދަވެއެވެ. އެހެނީ (ސަނަދު ތަކުގެ) ބައެއް މަގުތައް ވަރުގަދައެވެ. އަދި ބައެއް ޢިލްމުވެރިން އޭގެ ތެރެއިން ބައެއް ރިވާޔަތްތައް ޞައްޙަ ކަމަށް ކަނޑައެޅުއްވި އެވެ. އަދި ހުކުރު ދުވަހާއި އޭގެ ވިލޭރޭ ނަބިއްޔު ﷺ ގެ މައްޗަށް ޞަލަވާތް ކިޔުމުގެ ފަޟުލު އާއިމެދު ވާރިދުވެފައިވާ ޙަދީޘްތައް އެކުލަވާލުމުގައި އެންމެ މޮޅުއިތުރު ފޮތުގެ ތެރޭގައިވަނީ އަލްއިމާމް އިބްނުލް ޤައްޔިމް -رحمه الله- ގެ «جلاء الأفهام في فضل الصلاة على سيد الأنام»

އަދި ހަމައެފަދައިން މިކަމުގެ މައްޗަށް ވާ ޙަދީޘްތައް އައްސަޚާވީ ވެސް ހަމަ ނަބިއްޔު ﷺ އަށް ޞަލަވާތް ކިޔުމުގެ ފަޟުލު އާއިމެދުވާ ފޮތުގައި އެކުލަވާލެއްވި އެވެ.

އަދި އަލްޙާފިޡް އިބްނު ކަޘީރު، ﷲ جل وعلا ގެ ބަސް ވަޙީ ﴿إِنَّ اللَّهَ وَمَلائِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا﴾ [الأحزاب: 56] — މިއާޔަތުގެ ތަފްސީރުގެ ދަށުންވެސް މީގެ ތެރެއިން ބައެއް (ރިވާޔަތްތައް) ޛިކުރުކުރެއްވިއެވެ.

އަދި ނަބިއްޔު ﷺ އަށް ޖުމްލަގޮތެއްގައި ޞަލަވާތް ކިޔުމަކީ ކަށަވަރުކޮށް ޝަރުޢުވެގެންވާ ކަމެކެވެ. އަދި އޭގައި މަތިވެރިވެގެންވާ ފަޟުލަކާއި ބޮޑު ޘަވާބެއް ވެއެވެ. އަދި ނަބިއްޔު ﷺ ޙަދީޘް ކުރައްވާފައިވެއެވެ: «مَنْ صَلَّى عَلَيَّ صَلاَةً صَلَّى اللهُ عَلَيْهِ بِهَا عَشْرًا» ”ތިމަންކަލޭގެފާނަށް ޞަލަވާތް ކިޔައިފި މީހަކަށް، ﷲ އޭނާގެ މައްޗަށް އެއިން ދިހަ ފަހަރު ޞަލަވާތް ލައްވަތެވެ.“ (ރިވާކުރެއްވީ) މުސްލިމް އެކަލޭގެފާނުގެ "ޞަޙީޙު" ގައެވެ. އަދި އަބޫ ހުރައިރާ ގެ ޙަދީޘް ތަކުންނާއި ޢަބްދު ﷲ ބުނު ޢަމްރު ބުނުލް ޢާޞްގެ ޙަދީޘްތަކުން މުސްލިމް މި ރިވާކުރެއްވިއެވެ.

އަދި ނަބިއްޔު ﷺ އަށް ޞަލަވާތް ކިޔުމުގައި އެންމެ މޮޅުއިތުރީ އިބްރާހިމިއްޔަ ޞަލަވާތެވެ. އަދި އޭގެ ވައްޓަފާޅިއަކީ: (اللّهُـمَّ صَلِّ عَلـى مُحمَّـد، وَعَلـى آلِ مُحمَّد، كَمـا صَلَّيـتَ عَلـى إبْراهـيمَ وَعَلـى آلِ إبْراهـيم، إِنَّكَ حَمـيدٌ مَجـيد ، اللّهُـمَّ بارِكْ عَلـى مُحمَّـد...) އޭގެ ނިޔަލަށެވެ.

އަދި ތިބާއަށް اللَّهُمَّ صَلِّ وَ سَلِّمْ عَلَى مُحَمَّدٍ ކިޔުންވެސް އެބައޮތެވެ. އެއީ ﷲ جل وعلا ގެ މި ވަޙީ ބަސްފުޅުގެ މައްޗަށެވެ: ﴿صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا﴾ [الأحزاب: 56] (...އަދި އެކަލޭގެފާނުގެ މައްޗަށް سلام ލެއްވުންއެދި ތިޔަބައިމީހުން ގިނަގިނައިން دُعَاء ކުރާށެވެ!“)

އަދި ނަބިއްޔު ﷺ ގެ މައްޗަށް ގިނަގުނައިން ޞަލަވާތް ކިޔުން މުސްތަޙައްބު ވެގެންވެއެވެ. އެއީ އުބައްޔު ގެ ޙަދީޘްގެ ދަލީލުގެ މައްޗަށެވެ. އެކަލޭގެފާނުގެ ނަބިއްޔު ﷺ އަށް ދެންނެވި ކަމަށެވެ: އަހަރެންގެ ދުޢާ ގައި ކަލޭގެފާނަށް ޞަލަވާތް އެކުލަވާލަންވީ ކިހާވަރަކަށްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ: (ما شئت) ”ތިބާ އެދޭ މިންވަރަކަށެވެ.“ ދެންނެވީމެވެ: ހަތަރުބައި ކުޅަ އެއްބައި ގައި އެކުލަވާލަންތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ: (ما شئت) ”ތިބާ އެދޭ މިންވަރަކަށެވެ.“ދެންނެވީމެވެ: އޭގެ ދެބައިކުޅަ އެއްބައިތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ: (ما شئت) ”ތިބާ އެދޭ މިންވަރަކަށެވެ.“ ދެންނެވީމެވެ: ތިންބައިކުޅަ ދެބައި ގައި އެކުލަވާލަންތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ: (ما شئت) ”ތިބާ އެދޭ މިންވަރަކަށެވެ.“ ދެންނެވީމެވެ: މުޅި ދުޢާ ގައި ކަލޭގެފާނަށް (ޞަލަވާތް) އެކުލަވާލަން ތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ: (إِذًا تُكْفَى هَمَّكَ وَيُغْفَرُ لَكَ ذَنْبُكَ) ”އެހެންވެއްޖެނަމަ ތިބާގެ ކަންބޮޑުވުންތައް ފުދި ތިބާގެ ފާފަތައް ތިބާއަށް ފުއްސެވޭނެތެވެ.“ އަދި މިރިވާޔަތަކީ އައްތިރުމިޛީ ގެ ރިވާޔަތެކެވެ. އަދި އޭގެ ސަނަދުގައި ޢަބްދު ﷲ ބުނު މުޙައްމަދު ބުނު ޢުޤައިލް ހިމެނެއެވެ. އޭނާއަކީ ހިތުންކިޔައިދިނުމުގައި ކުށްޖެހޭ އެހެނަސް (صدوق) ތެދުވެރިޔެކެވެ. އަދި (އެހެން ރިވާޔަތަކާއި) ޚިލާފުނުވާހިނދު، އަދި (ޙަދީޘްގެ) އަޞްލުގައި އޭނާ އެކަހެރިނުވާނަމަ، އެހިނދު އޭނާގެ ޙަދީޘްތަކަކީ ޖައްޔިދު (ބަރާބަރު) ޙަދީޘެވެ.

=

Читать полностью…

Galandān ގަލަންދާނު

ޝައިޚް ބަކުރު އަބޫ ޒައިދުގެ ރިސާލާ، حَدُّ الثَّوْبِ وَالْأُزْرَةِ ގެ މައްޗަށް "އިޒާރުގެ ޙާލަތްތައް" ~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

Question: What is the ruling on transferring money via mobile phone in the mosque? Does it fall under the category of buying and selling, which is prohibited in the mosque?

Answer:

❝ There is no problem in merely transferring money without making a business deal.

When two men ˹inside the Prophet's mosque˺ were speaking to solve a debt and their voices rose, the Prophet ﷺ told one of them to pay a share from the debt⁽¹⁾.

The Prophet ﷺ approved of them collecting debts in the mosque. This indicates that there is leniency in this matter. What is prohibited is making commercial deals: buying and selling, advertising, and marketing. Such activities should not be conducted in the mosque. Similarly, seeking lost property should not be done in the mosque, because mosques were built for prayer, remembrance, and worship, and were not built for making commercial deals, advertising and announcements, and the like. ❞

— Saʿd Al-Khathlān (fatwa)
~ Galandān 🖋


------------------------
[1] Narrated by Al-Bukhārī: 457, and Muslim: 1558

Читать полностью…
Subscribe to a channel