qalandhar | Unsorted

Telegram-канал qalandhar - Galandān ގަލަންދާނު

2463

ޢިލްމު އަދި އެއަށް ލޯބިކުރާ ދަރިވަރުންނަށް Notes by, ibn Fahmī Dīdī عفا الله عنه Friends & family 🤖 Contact: @galandan_bot 🌐 English: @galandaan

Subscribe to a channel

Galandān ގަލަންދާނު

🧕 Rejoice, You Who Tenderly Safeguard Daughters!

Al-Shaykh Al-Muḥaddith ʿAbdul ʿAzīz al-Khuḍayr


🔗 https://mono.glndn.com/6a2105d1ac6874fb2d58a98c


~ Galandān 🖋

Читать полностью…

Galandān ގަލަންދާނު

🔴ދީނީ ބަހަނާއެއްގައި ވިޔަސް ހިލޭ އަންހެނުންނާއި އެކީ ސޯޝަލް މީޑިއާގައި އެކަހެރިވާ ގޮތުގައި ޗެޓު ކުރުމުގެ މައްޗަށް ތަޙުޛީރު!

ސުވާލު: އުޚްތަކު ސުވާލު ހުށަހަޅާފައިވަނީ ތުރުކީގައި ހުރި އޭނާގެ ބައްޕަފަރާތު ދެބެންގެ ދެދަރި ފިރިހެނަކާއި އެކު ވަޓްސްއަޕް މެދުވެރިކޮށް ވާހަކަދެއްކުމާއި ބެހޭގޮތުންނެވެ. (އެ ފިރިހެންމީހާ) އާއިލާގެ ޚަބަރުތައް އޮޅުންފިލުވުމަށް މެސެޖުކުރުމުން އުޚްތާ ޖަވާބުދެއެވެ. އަދި ދީނީ ފޮތްތަކާއި ލިޔުންތައް އޭނާއަށް ހިދާޔަތަށް އެދި ފޮނުވައެވެ. މިކަން ހުއްދަވާނެހެއްޔެވެ؟

ޖަވާބު:

ހިލޭ ފިރިހެނަކާއެކު ޚަލްވަތު ވުމީ (އެކަހެރި ވުމީ) އަންހެނަކަށް ހުއްދަވެގެން ނުވާ ކަމެވެ. އެއީ އޭނާއާއި ގާތްތިމާގެ (އެހެނަސް މަޙުރަމަކަށް ނުވާ) ބައްޕަފަރާތު ދެބެންގެ ދެދަރި ފަދަ މީހަކު ކަމުގައި ވިޔަސް، މަންމަފަރާތު ދެބެންގެ ދެދަރި މީހަކު ކަމުގައި ވިޔަސް، ނުވަތަ އެނޫން ވިޔަސް މެއެވެ. އަދި އިންޓަރނެޓް މެދުވެރިކޮށް މުއާމަލާތްކުރުން ނުވަތަ ވާހަކަދެއްކުމުގައި އެކަހެރިވުމާ އެއްގޮތް ކަމެއް އެކުލެވިގެންވެއެވެ. އަދިކިއެއްހެއްޔެވެ؟ ބައެއް ފަހަރު، ޙަޤީޤީ އެކަހެރިވުމަށްވުރެ ވެސް މީގެ ގެއްލުން ބޮޑުވެދެއެވެ. އެއީ ރޭގަނޑާއި ދުވާލު، ހުރިހާ ވަގުތެއްގައިވެސް މިއީ ދެމިއޮންނަ ކަމަކަށް ވާތީއެވެ.
އަދި ޙަދީޘްފުޅެއްގައި ވެއެވެ:

«تُعْرَضُ الْفِتَنُ عَلَى الْقُلُوبِ كَالْحَصِيرِ عُودًا عُودًا، فَأَيُّ قَلْبٍ أُشْرِبَهَا نُكِتَ فِيهِ نُكْتَةٌ سَوْدَاءُ، وَأَيُّ قَلْبٍ أَنْكَرَهَا نُكِتَ فِيهِ نُكْتَةٌ بَيْضَاءُ، حَتَّى تَصِيرَ عَلَى قَلْبَيْنِ، عَلَى أَبْيَضَ مِثْلِ الصَّفَا فَلَا تَضُرُّهُ فِتْنَةٌ مَا دَامَتِ السَّمَاوَاتُ وَالْأَرْضُ، وَالْآخَرُ أَسْوَدُ مُرْبَادًّا كَالْكُوزِ، مُجَخِّيًا لَا يَعْرِفُ مَعْرُوفًا، وَلَا يُنْكِرُ مُنْكَرًا، إِلَّا مَا أُشْرِبَ مِنْ هَوَاهُ»
((ފިތުނަތައް ހިތްތަކަށް ހުށަހެޅެމުންދާނީ ކުނަލު-ހައި ⁽¹⁾ ހެން އެކަތިކޮޅަށްފަހު އަނެކަތިކޮޅުން ނެވެ. ފަހެ، އެ ފިތުނައިން ތެންމައިފި ކޮންމެ ހިތެއްގައި ކަޅު ތިއްކެއް ޖެހޭނެއެވެ. އަދި އެ ފިތުނައަށް އިންކާރުކުރި ކޮންމެ ހިތެއްގައި ހުދު ތިއްކެއް ޖެހޭނެއެވެ. އެއީ ހިތްތައް ދެބަޔަކަށް ބެހެވުމާއި ހަމައަށެވެ. (އެއިން އެކައްޗަކީ) އޮމާން ހުދު ގަލެއްފަދަ ހުދު ހިތެކެވެ. ފަހެ އުޑުތަކާއި ބިން ދެމިއޮތްހާ ހިނދަކު އެއްވެސް ފިތުނައަކުން ގެއްލުމެއް އެއަށް ނުފޯރާނެއެވެ. އަދި އަނެކެއްޗަކީ ދަމިލަ ޖަހާފައިވާ ކަޅުކުލައިގެ ހިތެކެވެ. ނުފުށަށް ޖެހިފައިވާ ލޮޓާ އެއް ފަދައެވެ.⁽²⁾ ހަވާ ނަފްސުން ބަލައިގަނެއްޖެ ކަމެއް ފިޔަވައި ހެޔޮކަމެއް ނުވެސް ދެކެދެނެގަނެއެވެ. އަދި ނުބަޔަކަށް އިންކާރެއް ނުމެ ކުރެއެވެ.)) — ރިވާކުރެއްވީ އިމާމު މުސްލިމް އެވެ.

ވީމާ، އެ އުޚުތާ ގެ މައްޗަށް ވަނީ މި ގުޅުން ކަނޑާލުމެވެ. އެހެނީ އެއީ ޝައިޠާނާގެ ފިޔަވަޅުތަކުގެ ތެރެއިންވާ ކަމެކެވެ. والله اعلم.


— އައްޝެއިޚް އަބޫ ހުމާމު އަލްއަޘަރީ (ތުރްކީ އަލްބިންޢަލީ)
ރޭޑިއޯ ފަތުވާ (ނަންބަރު 628)
~ ގަލަންދާނު 🖋️


ــــــــــــــــــــ
[1] ހައި : ކުނާ ވިޔަން ގެންގުޅޭ ހުއި. ހައި ނުވަތަ ކުނަލުހައި އަކީ ވަކިބާވަތެއްގެ ވިނަގަހެކެވެ. މިއީ ދިވެހި ކުނަލުގެ އެއްވަނަ ދަރަޖައިގެ ބާވަތެވެ. (ދިވެހިބަހުގެ ރަދީފު، އަދި މިލިޔުން )
[2] ލޮޓާ : ފެންއަޅާ ކުދިވަރުގެ ކުރާކަހަލަ އެއްޗެއް. މިއީ ލޮއިން ހަދައިފައި ހުންނަ ކަންވާރެކެވެ. މި ހުންނަނީ ކޮއްޔެއް ލައިފައި ވައްގަނޑެއް ނެތި ކުރުކޮށެވެ. — (ދިވެހިބަހުގެ ރަދީފު.)

Читать полностью…

Galandān ގަލަންދާނު

ބަޞްރާގެ ޤަބީލާއެއްގެ ޝައިޚަކު ޔަތީމު ކުދިން އެއްކޮށް، އެކުދިންނަށް "ވަލީމާއެއް" (ބޮޑު ޖާފަތެއް) ދެނީ.

🎁🎁: ތުރުކީ ވިލާތުގެ މުސްލިމު ދެމަފިރިޔަކު ކައިވެނި ޙަފުލާގައި ދަޢުވަތު ދިން ފަރާތް ތަކަށް ހަދިޔަލުގެ ބަދަލުގައި ކޮންމެ މީހެއްވެސް ޔަތީމެއް ގެނައުމަށް ދަޢުވަތު ދިނުމުން ސަތޭކަވަރަކަށް ޔަތީމުން ހާޒިރުވި ވަލީމާގެ ވާހަކަ (ވީޑިއޯ)

Читать полностью…

Galandān ގަލަންދާނު

•••
⚙️ ޝަރަފުވެރި ނަފްސުތައް، ކަންކަމުގެ ތެރެއިން އެންމެ މަތިވެރި ކަންކަމަށް މެނުވީ ނުރުހެއެވެ. އެއީ
⬆️ﷲ ގެ މަގަށް ދަޢުވަތު ދިނުމާއި،
⬆️ޢިލްމު އުނގެނުމާއި
⬆️އެ ޢިލްމު އުނގަންނައިދިނުމާއި،
⬆️ﷲ ގެ މަގުގައި ޖިހާދުކުރުމާއި، އަދި
⬆️ޚަލްޤުތަކުންނަށް އިޙްސާންތެރިވުން ފަދަ ކަންކަމެވެ.

⚙️ އަދި ދަށުދަރަޖައިގެ ނަފްސުތައް އެނބުރި އުޅެނީ ޙަޞީލަތް ނުބައި، ހަޑިމުޑުދާރު ކަންކަމުގެ ވަށައިގެންނެވެ. އެއީ
⬆️ހުތުރުބަސް ބުނުމާއި،
⬆️(ކުށްތަކާއި ސިއްރުތަކަށް ފާރަލައި) ޖާސޫސްކުރުމާއި، ⁽¹⁾
⬆️މުއުމިނުންނާ ދެކޮޅަށް (ފިތުނަ އުފައްދައި) ހިތްވަރުދިނުމާއި، އަދި
⬆️އަނިޔާވެރިންނާއި ޠާޣޫތުންނަށް ވާގިވެރިވުން ފަދަ ކަންކަމެވެ.


— އައްޝެއިޙް ސުލައިމާން އަލްޢަލްވާން (ބަސްކޮޅު)
~ ގަލަންދާނު 🖋️


ـــــــــــــــــــ
[1] ޖާސޫސު ކުރުމުގެ ޢާންމު މާނައަކީ އެކަކު އަނެކެއްގެ އައިބުތަކާއި ފޮރުވިފައިވާ ކަންކަން ހޯދައި ފާރަލައި އުޅުމެވެ. އަދި އޭނާގެ އުނިސިފަތަކާއި ކުށްތައް ހާމަކޮށް އެނގިގަތުމުގެ ބޭނުމުގައި، އޭނާގެ ސިއްރުތައް ކޮނެ ހޯދައި ބެލުމެވެ. އަދި މިއީ ބަލިމަޑުކަމެކެވެ. އަދި މިޒަމާނުގައި މީސްމީޑިއާގައިވެސް މިބަލިމަޑުކަމަކީ ބޮޑުވެފައިވާ ކަމެކެވެ. އަލްޢަލްވާން ވިދާޅުވިއެވެ: ”ޖާސޫސްކުރުމުން (ނުވަތަ އެކަކު އަނެކަކަށް ފާރަލުމުގެ ނުބައި ސިފައާއި) ދުރުހެލިވުމަށް އިސްލާމްދީން މީސްތަކުންނަށް ނުހަނު ބާރުއަޅައި ގޮވާލައްވާފައިވެއެވެ. ސަބަބަކީ، މުސްލިމު އަޚާގެ އަބުރަށް އަރައިގަނެ، އޭނާ ހަލާކުގެ ތެރެއަށް ވައްޓާލުމާއި، (ބްލެކްމެއިލްކޮށް ނުވަތަ ޒާތީ ފައިދާއަށް) އޭނާގެ ސިއްރުތައް ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދުމަކީ، އިންތިހާއަށް ދަށުދަރަޖައިގެ، ވިއާނުދާ ޢަމަލެކެވެ. އަދި އެއީ އެކަންކުރާ މީހާގެ ހިތާއި ނަފްސުގެ އެންމެ ފުނަށް ފަސާދަ ވާޞިލުވެ މޫލާފައިވާ މިންވަރު ހާމަކޮށްދޭ ނުބައި އާފާތެކެވެ. (ބަލިމަޑުކަމެކެވެ.)“ —اهـ. ނޯޓް: މީގެ އިތުރުން ކާފަރުންގެ މަޞްލަޙަތަށް މުސްލިނުންނާއި ދެކޮޅަށް ޖާސޫސުކޮށްދިނުމަކީ ކުފުރުގެ ތެރެއިން ހިމެނޭ ކަމެކެވެ.

Читать полностью…

Galandān ގަލަންދާނު

⌝ޢިލްމުވެރިންގެ ޤަޥްލުތަކުގެ ތެރެއިން⌜ ރަނގަޅު ބުނުމަކީ، ⌝އިސްތިޘްނާއެއް ނެތި⌜ ހުރިހާ ހެޔޮ ޢަމަލެއްގައި ވެސް، އެ ޢަމަލެއް ކުރި މީހާ އޭގެ ޘަވާބު މަރުވެފައިވާ މީހަކަށް ހަދިޔާކުރުމަށް ނިޔަތްގަނެފިނަމަ، އެމައްޔިތަކަށް އެޘަވާބު ފޯރާނޭކަމެވެ. އަދި މިއީ އިބްނު ތައިމިއްޔާ ރާޖިޙްކުރެއްވި ގޮތެވެ. އަދި އެކަމުގެ މައްޗަށް އެކަލޭގެފާނު ވިހި ދަލީލެއް ޛިކުރުކުރައްވާފައިވެއެވެ. އަދި އިބްނުލް ޤައްޔިމްވެސް މިގޮތް ރާޖިޙްކުރައްވައި، އެކަމުގެ މައްޗަށް ދިހަ ދަލީލެއް ޛިކުރުކުރައްވާފައިވެއެވެ.


— ޢަބްދުﷲ އައްސަޢްދު (ބަސްކޮޅު)
~ ގަލަންދާނު 🖋️

Читать полностью…

Galandān ގަލަންދާނު

ބިސްމި އަކީ ފާތިޙާ ސޫރަތުގެ އާޔަތެއް ހެއްޔެވެ؟ ނުވަތަ ނޫން ހެއްޔެވެ؟

🔗 https://mono.glndn.com/s/a5znlfDG9M

— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން
~ ގަލަންދާނު 🖋️

Читать полностью…

Galandān ގަލަންދާނު

📍މަހާނަތައް ކައިރިޔަށް އަންހެނުން ޒިޔާރަތް ކުރުމުގެ ޙުކުމުގެ މައްޗަށް: ޚުލާޞާއެއް

🔗 https://mono.glndn.com/s/4qNBwGnf2P

—އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން
~ ގަލަންދާނު 🖋️

Читать полностью…

Galandān ގަލަންދާނު

⬆️ ޝުބުހުގެ ނާރެސްތަކުން ﷲ އަޅަމެން މިންޖުކުރެއްވުމަށް ލެއްވި ޢިލްމުވެރިންގެ ނިޢުމަތުން އަޅަމެން ދުވަހަކުވެސް މަޙުރޫމް ނުކުރައްވާށިއެވެ!

—(1)—


☪️


❞ ފަހެ، ޢާންމު އެންމެހާ މީސްތަކުންގެ (عَامَّةُ النَّاسِ) ޙާލަތަކީ، (ޖާހިލިއްޔަތުގެ) ކުފުރަށް ފަހުން އިސްލާމްވިޔަސް ނޫނީ އިސްލާމްދީނުގެ މަތީގައި އުފަންވެ ބޮޑު ވިޔަސް، އެޔާއިއެކު އިސްލާމްދީނުގެ ޝަރުޢުތަކަށް ބޯލަނބައި، ﷲ އާއި އެއިލާހުގެ ރަސޫލާއަށް ކިޔަމަންތެރިވާ މީހުންގެ ތެރެއިން ވެއްޖެނަމަ، މުސްލިމުންކަމެވެ. އަދި އެބައިމީހުންގެ ކިބައިގައި ޖުމްލަވީ އީމާންކަމެއް (إِيمَانٌ مُجْمَلٌ) ވެއެވެ. (މާނައީ، އެންމެ އާސާސީ މިންވަރަށް އީމާންކަން އެނގި އޭގައި ހިފައި އޭގެން ތަފްޞީލުތަކާއިމެދު ފިތުނަވެރި ނުވެ، އެޔެއް ދަންނާންވެސް ނުޖެހި ސާދާ މުސްލިމުން ގޮތުގައި ތިބެއެވެ.)


ނަމަވެސް، އެބައިމީހުންގެ ހިތްތަކަށް އީމާންކަމުގެ ޙަޤީޤަތް (حَقِيقَةُ الْإِيمَانِ) ވަންނަނީ، ﷲ އެބައިމީހުންނަށް އެކަން މިންވަރުކުރައްވައިފިނަމަ، މަޑުމަޑުންނެވެ. ⁽¹⁾ އެހެންނޫންނަމަ، މީސްތަކުން ކުރެ ގިނަ އެތަކެއް ބަޔަކީ ޔަޤީންކަމާ ހަމައަށް ނުވަތަ ޖިހާދާ ހަމައަކަށް ނުދެވި (އެތިބިވަރެއްގައި) ވާ ބަޔެކެވެ. އަދި (އެތިބި މިންވަރުގައި ތިއްބައި) އެބައިމީހުންގެ ހިތްތަކަށް (އީމާންކަމާއިމެދު ފިތުނަޔެއް ޖެއްސެވި) ޝައްކެއް (ނުވަތަ ވަސްވާހެއް) ވެއްދިއްޖެނަމަ، ކަށަވަރުންވެސް ޝައްކަށް ގޮސްފީހެވެ. އަދި (އިމްތިޙާނެއް ގޮތުން) ޖިހާދުކުރުމަށް އަމުރުކުރެވުނު ނަމަ ހަމަހިލާ ޖިހާދެއްވެސް ނުކުރީހެވެ. އެހެނަސް (އިމްތިހާނެއް ނުޖެއްސެވި އެތިބި މިންވަރުގައި ތިބެ) އެބައިމީހުންނީ ކާފިރުންނެއް ވެސް (كُفَّارًا) ނޫނެވެ. އަދި މުނާފިޤުންނެއްވެސް ނޫނެވެ.


އަދި ކިއެއްތަ، ޝައްކުތައް ދުރުކޮށްދޭފަދަ ހިތުގެ ޢިލްމެއް (عِلْمِ الْقَلْبِ)، އޭގެ މައުރިފާވެރިކަމެއް، އަދި އޭގެ ޔަޤީންކަމެއް އެބައިމީހުންގެ ކިބަޔަކު ނުވެއެވެ. އަދި އެބައިމީހުންގެ އަހުލުންނާއި މުދަލުގެ މައްޗަށް ﷲ އާއި އެއިލާހުގެ ރަސޫލު އިސްކުރާނެފަދަ ބާރުގަދަ ލޯތްބެއް ﷲ އާއި އެއިލާހުގެ ރަސޫލަށްޓަކައި އެބައިމީހުންގެ ހިތްތަކުގައި ނުވެއެވެ. (މިއާއި އެކުވެސް) މިފަދަ މީހުން (ދީނުގައި ފިތުނު ކުރެވޭ) އިމްތިޙާނުތަކާއި މުޞީބާތްތަކުން (الْمِحْنَةِ) ސަލާމަތްވެ، އެތިބިގޮތުގައި މަރުވެއްޖެނަމަ ސުވަރުގެ ވަންނާނެއެވެ.


ނަމަވެސް، އެބައިމީހުންނަށް ޝައްކުތަކާއި ވަސްވާސްތައް (شُبُهَاتٍ) ވައްދާނެ މީހެއްގެ ފަރާތުން އިމްތިޙާނެއް ކުރިމަތިވެއްޖެނަމަ—އަދި އެ ޝައްކުތައް ފިލުވައިދޭނެ ނިޢުމަތެއް ﷲ އެބައިމީހުންނަށް ދެއްވައިފިއްޔާ މެނުވީ—އެބައިމީހުން ޝައްކުގެ ތެރެއަށް ވެއްޓި، މުނާފިޤުކަމުގެ ބާވަތަކުން ބާވަތަކަށް ލެވެއެވެ.

ހަމަ މިބީދައިން، (އިމްތިޙާނެއް ގޮތުގައި) އެބައިމީހުންގެ މައްޗަށް ޖިހާދުކުރުން ފަރުޟުވެ، އެބައިމީހުން ޖިހާދު ނުކޮށްފިނަމަ، އެބައިމީހުން ވީހީ ޢަޛާބުގެ އިންޒާރު ލިބިގެންވާ މީހުންގެ ތެރެއިންނެވެ.



މި ސަބަބަށްޓަކައި، ނަބިއްޔު ﷺ މަދީނާއަށް ހިޖުރަކުރެއްވިހިނދު، އެ ރަށުގެ ޢާންމު އަހުލުވެރިން އިސްލާމްވިއެވެ. ނަމަވެސް، އިމްތިޙާނާއި މުޞީބާތްތައް (الْمِحْنَةُ وَالِابْتِلَاءُ) ކުރިމަތިވުމުން، (އޭގެތެރެއިން) މުނާފިޤުވާން ތިބި މީހުން މުނާފިޤުވިއެވެ. ފަހެ، އެ އިމްތިޙާނުގެ ކުރިން އެބައިމީހުން މަރުވިނަމަ، އެބައިމީހުން މަރުވީހީ އިސްލާމްދީނުގެ މަތީގައެވެ. އަދި ސުވަރުގެ ވަދެވުނީހެވެ.

އެހެނަސް، އެބައެއް އިމްތިޙާނު ކުރެވި، އެބައެއްގެ ތެދުވެރިކަން ހާމަވި ޙަޤީޤީ އިމާންކަމުގައި ވީ މުއުމިނުންގެ ތެރެއިން އެބައިމީހުން ނުވެއެވެ.


މާތް ﷲ ވަޙީކުރައްވާފައިވެއެވެ:

﴿الٓمٓ ۝ أَحَسِبَ ٱلنَّاسُ أَن يُتۡرَكُوٓاْ أَن يَقُولُوٓاْ ءَامَنَّا وَهُمۡ لَا يُفۡتَنُونَ ۝ وَلَقَدۡ فَتَنَّا ٱلَّذِينَ مِن قَبۡلِهِمۡۖ فَلَيَعۡلَمَنَّ ٱللَّهُ ٱلَّذِينَ صَدَقُواْ وَلَيَعۡلَمَنَّ ٱلۡكَٰذِبِينَ﴾ [العنكبوت: 1-3]

(( ا ل م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) ۝ ތިމާމެން މިތިބީ إيمان ވެގެންނޭ ބުނީމާ އެމީހުން إمتحان ނުކުރެވި އެމީހުން ދޫކުރައްވާނޭކަމަށް މީސްތަކުން ހީކުރަނީހެއްޔެވެ؟ (އެހެން ނުވާނެއެވެ. إيمان ވެގެންނޭ ބުނި އެންމެންގެ إيمان ކަން ތިމަންރަސްކަލާނގެ ޗެކްކުރައްވާ إمتحان ކުރައްވާ ހުށީމެވެ. ބިރުވެރިކަމާއި ބަލިމަޑުކަންފަދަ ކަންކަން ޖައްސަވައިގެން މީސްތަކުން إمتحان ކުރައްވާހުށީމެވެ. ۝ އަދި ހަމަކަށަވަރުން މިމީހުންގެކުރިން އިސްވެދިޔަ أمّة ތަކުގެ މީސްތަކުންވެސް ތިމަންރަސްކަލާނގެ إمتحان ކުރެއްވީމެވެ. އަދި އެމީހުންގެތެރެއިން އެމީހުންގެ އެބުނި ބަހުގައި (ތިމާމެން މިތިބީ إيمان ވެގެންނޭ ބުނި ބަހުގައި) ތެދިވެރިވީ ކޮންބައެއްކަމާއި ދޮގުހެދީ ކޮންބައެއްކަންވެސް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެއެވެ. (އަދި ހަމަކަށަވަރުންވެސް ތިމަންރަސްކަލާނގެ އެ ދެނެވޮޑިގަތުން ފައުޅުކުރައްވާހުށީމެވެ.))

=

Читать полностью…

Galandān ގަލަންދާނު

[] Is It Permissible To Perform Ḥajj And ʿUmrah On Behalf Of A Prisoner?

Excerpt from, “al-Wajīz fī Aḥkām al-Asīr al-Muslim”
By al-Ḥārith bin Ghāzī al-Naẓārī

🔗 https://mono.glndn.com/s/YdnGMryFwi


~ Galandān 🖋️

Читать полностью…

Galandān ގަލަންދާނު

ފަތުވާ

ބަންގި ގޮވުމާއި އެކު ވިޔަފާރި ކުރުމުގެ ޙަރާމް ކަމާއި އޭގެ އަޑު އިވޭ ކޮންމެ ކުޅަދާނަ މީހެއްގެ މައްޗަށް އެއަށް ޢިޖާބަ ދިނުމުގެ ވާޖިބިއްޔަތު


🔗 https://mono.glndn.com/s/eLv0Z_A8wt

— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން
~ގަލަންދާނު 🖋️

Читать полностью…

Galandān ގަލަންދާނު

ބޫލުޣުލް މަރާމްގެ ޝަރަޙައިން (ޙަދީޘް 294):

ދަތުރުވެރިން ޖަމާޢަތް ހެދުން ޝަރުޢުވެގެންވާ ކަމާއި ނަމާދުކޮށްގެން ހުރި މީހާ މިސްކިތެއްގެ ޖަމާޢަތަށް ޢާދެވިއްޖެނަމަ ސުންނަތް ނަމާދެއްގޮތުގައި ބައިވެރިވާން އޮތް ޢަމުރާއި ނަހީގެ ވަޤުތު ސަބަބަކާއިއެކު ނަމާދު ކުރެވޭނެކަން ދޭހަކޮށްދޭ ޙަދީޘު
🔗 https://mono.glndn.com/s/6HuYFtdgTs

— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން
~ ގަލަންދާނު 🖋️

Читать полностью…

Galandān ގަލަންދާނު

—(2)—

ـ🎁🎁ـ

އިބްނު ޤުދާމާ (رحمه الله) ވިދާޅުވެފައިވެއެވެ:

"އިމާމު މީހާ ޙަދަޘްވެރިއެއްގެ ގޮތުގައި (ވުޟޫ ނެތި) ނުވަތަ ޖުނުބުވެރިއެއްގެ ގޮތުގައި ހުރެ، އޭނާގެ ޙަދަޘްވެރިކަން ނޭނގި ޖަމާޢަތުގައި ނަމާދުކޮށްފިނަމަ، އަދި ނަމާދު ނިމެންދެން އޭނާއަށްވެސް އަދި މައުމޫމުންނަށްވެސް އެކަން ނޭނގި އޮތްނަމަ، ފަހެ މައުމޫމުންގެ ނަމާދު ޞައްޙައެވެ. އަދި އިމާމު މީހާގެ ނަމާދު ބާޠިލްވާނެއެވެ.

މިފަދައިން ޢުމަރު، ޢުޘްމާން، ޢަލީ އަދި އިބްނު ޢުމަރު (رضي الله عنهم) ގެ އަރިހުން ރިވާވެގެންވެއެވެ. އަދި އިމާމް މާލިކް އަދި އިމާމް އައްޝާފިޢީވެސް ވިދާޅުވަނީ މިފަދައިންނެވެ. އެބޭކަލުންގެ އަރިހުން ރިވާވެފައިވާ އަޘަރުތަކަކީ:

ޢުމަރު رضي الله عنه: އެކަލޭގެފާނު މީސްތަކުންނާއެކު ފަތިސް ނަމާދު ކުރެއްވިއެވެ. އެއަށްފަހު އެކަލޭގެފާނުގެ ހެދުންކޮޅުން އިޙްތިލާމްވުމުގެ (ޖަނާބަތުގެ) އަސަރު ފެނިވަޑައިގަތުމުން، އެކަލޭގެފާނު ނަމާދު އަލުން ކުރެއްވިއެވެ. ނަމަވެސް މީސްތަކުން އަލުން ނުކުރެއެވެ. (އެކަމަށް އަމުރު ނުކުރައްވައެވެ.)

ޢުޘްމާން رضي الله عنه: އެކަލޭގެފާނު މީސްތަކުންނާއިގެން ފަތިސް ނަމާދު ކުރެއްވިއެވެ. ފަހެ، ހެނދުނުވެ އިރު މައްޗަށް އެރިފަހުން، އެކަލޭގެފާނަށް ޖަނާބަތުގެ އަސަރު ފެނިވަޑައިގަތުމުން، ނަމާދު އަލުން އިޢާދަކުރެއްވިއެވެ. އަދި އެބޭކަލުންނަށް ނަމާދު އަލުން ކުރުމަކަށް އަމުރެއް ނުކުރައްވައެވެ.

ޢަލީ رضي الله عنه: އެކަލޭގެފާނު ވިދާޅުވިއެވެ: "ޖުނުބުވެރިއަކު ބަޔަކާއިގެން ނަމާދުކޮށް، އެ ނަމާދު ފުރިހަމަކޮށްފިނަމަ، ތިމަންކަލޭގެފާނު އޭނާއަށް ހިނައިގަނެ ނަމާދު އަލުން ކުރުމަށް އަމުރުކުރައްވަމެވެ. އަދި އެބޭކަލުންނަށް (މައުމޫމުންނަށް) ނަމާދު އަލުން ކުރުމަކަށް އަމުރެއް ނުކުރައްވަމެވެ."

އިބްނު ޢުމަރު رضي الله عنهما: އެކަލޭގެފާނު އެބޭކަލުންނާއިގެން ހެނދުނު (ފަތިސް) ނަމާދު ކުރެއްވިއެވެ. އެއަށްފަހު، ވުޟޫއާ ނުލައި ނަމާދު ކުރެވުނުކަން ހަނދުމަފުޅުވުމުން ނަމާދު އަލުން ކުރެއްވިއެވެ. ނަމަވެސް މީސްތަކުން އަލުން ނަމާދެއް ނުކުރެއެވެ.

މި ހުރިހާ ރިވާޔަތްތަކެއް ރިވާކުރެއްވީ އަލްއަޘްރަމް އެވެ.

—ބައެއް ބަދަލުތަކާއެކު އިބްނު ޤުދާމާގެ ބަސްކޮޅު ނިމުނީ. (ބަލައިހޯދުމަށް)


اللجنة الدائمة للإفتاء ގެ ފަތުވާ:

”މީހަކު ޖުނުބުވެރިއެއްގެ ގޮތުގައި ހުރެ، އަދި އޭނާ ޖުނުބުވެރިވެފައިވާކަން ނޭނގި، އިމާމުވެ މީސްތަކުންނާއިގެން މެންދުރު ނަމާދާއި ޢަޞްރު ނަމާދު ކުރި މަސްއަލައަކާ ގުޅިގެން ސުވާލު ދެންނެވުމުން އެ ކޮމިޓީން ޖަވާބު ދެއްވިއެވެ:

"ޖަނާބަތުން ހިނައިގަތުމަށްފަހު، މެންދުރު ނަމާދާއި ޢަޞްރު ނަމާދު އަލުން އިޢާދަކުރުން (ކުރުން) ތިބާގެ މައްޗަށް ވާޖިބުވާނެއެވެ. ނަމަވެސް، އަނެކުން (މައުމޫމުން) އެ ނަމާދު އަލުން ކުރާކަށް ނުޖެހޭނެއެވެ.

އެހެނީ ޢުމަރު رضي الله عنه ހަނދުމަނެތިގެން ޖުނުބުވެރިއެއްގެ ގޮތުގައި ހުންނަވައި މީސްތަކުންނާއިގެން ފަތިސް ނަމާދު ކުރެއްވިއެވެ. އެހެންކަމުން އެކަލޭގެފާނު ފަތިސް ނަމާދު އަލުން ކުރެއްވިއެވެ. ނަމަވެސް އެ ނަމާދުގައި އެކަލޭގެފާނުގެ ފަހަތުގައި ކުރި މީހަކަށް އެ ނަމާދު އަލުން ކުރުމަކަށް އަމުރެއް ނުކުރައްވައެވެ. އެހެނީ، ތިބާ ޙަދަޘްވެރިކަން މީސްތަކުންނަށް ނޭނގުމުގެ ސަބަބުން އެވެރިންނީ (ނޭނގުމުގެ މައްޗަށް) ޢުޛުރުވެރިން ކަމުގައި ވުމެވެ." —ނިމުނީ.


~ ގަލަންދާނު 🖋️

Читать полностью…

Galandān ގަލަންދާނު

—②—

(މީގައި މިވަނީ) އެއް ކަމެއްގެ އިދިކޮޅަށް އަނެއް ކަމެކެވެ. (އެބަހީ: އަޑު ކެނޑޭނޭ ފަދަ ހުރަސްތައް އައި އިރު، އެހުރަސްތައް ކަނޑުވައިލާ ކަންކަމެވެ.) މާނައަކީ، މި ބުނި ހުރަސްތައް ނެތްނަމަ، އެ ޒަމާނުގައި ފަދައިން ބަންގީގެ އަޑު އިވުނީހެވެ. އެހެންކަމުން މިކަމުގައި އަހަރެމެން ގޮތްކަނޑައެޅުންވަނީ ދެކޮޅު މިނެކިރައިގެނެވެ. ތިބާއަށް (ބަންގީގެ) އަޑު އިވުމާ ދެމެދަށް ހުރި ހުރަސް ތަކުގެ ޙާލަތަށް ބަލައެވެ.⁽¹⁾

އަދި (އިޖާބަ ދޭންޖެހޭ ގާތްމިނުގައި ހުރެމެ) އުޛުރެއް މެދުވެރިވެއްޖެ ހިނދެއްގައި، އަހަރެމެން ރުޖޫޢަވާނީ އެ އުޛުރަށެވެ.

އަހަރެމެން ބުނެވައި މިވަނީ ޢާންމު ޙުކުމެވެ: «من سمع النداء فليجب» [[ބަންގީގެ އަޑު އިވޭ ކޮންމެ މީހަކު، އެއަށް އިޖާބަދޭހުށި ކަމެވެ.]] މިއީ ޝަރުޢީ ބަންގިއެއް ކަމުގައި އަހަރެމެން ދެކޭހިނދެއްގައި އެއަށް ތަބާވާންޖެހޭނޭ ކަމެވެ. އަދި މިކަމާއި ގުޅުންހުރި ޢާންމު ޝަރުޢީ ޙުކުމްތައް އެކި ނަޒަރުތަކުން އަހަރެމެން ގެނެސް، އެއަށް ތަބާވުން ވާޖިބުވެގެންވާކަން އަހަރެމެން ކަނޑައެޅީމެވެ. އަދި ބަންގީގެ އަޑު އިވޭ މީހާ އެއަށް އިޖާބަދޭން ޖެހޭނޭ ކަމެވެ. ދެން އޭނާއަށް އެކަމުގައި ބުރަބޮޑުކަމެއް ކުރިމަތިވާ ނަމަ ދަންނައެ، މަޝައްޤަތު (ދަތިއުނދަގުލަކީ) އެކަމުގައި ރުޚްޞާއެއް (ލުޔެއް) ކަމުގައި ވެއެވެ.



— އައްޝެއިޙް ސުލައިމާން އަލްޢަލްވާން (އޯޑިއޯ)
~ ގަލަންދާނު 🖋️

ــــــــــــــــــــــــ
[1] 🎁🎁 އިބްނު ބާޒު ވިދާޅުވިއެވެ:
”(ހ) އެހެން އަޑުތައް ނެތް ޙާލަތުގައި، އަދި (ށ) އަޑު އިވުން މަނަޢު ކުރާ ހުރަހެއް ނެތް ގޮތުގައި؛ ލައުޑްސްޕީކަރަކާއި ނުލައި ބަންގީގެ އަޑު ތިބާ ދިރިއުޅޭ ތަނަށް، (ނ) ބުރައެއް ނުއުފުލައި އަޑުއިވޭ ގޮތަކަށް އަޑު އިވޭނަމަ، ތިބާގެ މައްޗަށް ވާޖިބު ވެގެން ވަނީ މުސްލިމުންނާއި އެކު މިސްކިތުގައި ނަމާދުކުރުމެވެ. ... އަދި (އެއަށް ވުރެ) މިސްކިތާއި ދުރުގައި ތިބާ ވިއެއް ކަމަކު، ތިބާ ހިނގާފައި ނޫނީ ކާރުގައި ދިޔުމުގެ ބުރަ އުފުލާނަމަ، އެގޮތް ތިބާގެ މައްޗަށް ހެޔޮވެފައި މޮޅުއިތުރުކަން ބޮޑެވެ. ...އަދި އެކަމުގެ އިޚްލާޞްތެރި ކަމާއި ނިޔަތުގެ މަތީން ﷲ ތިބާގެ މައްޗަށް މިސްކިތަށް ދިޔުމާއި އަދި އެއިން އެނބުރިއައުމުގެ އެންމެހައި ޙަރަކާތަކަށް ހެޔޮޖަޒާ ލިޔުއްވައެވެ...“ (مجموع فتاوى الشيخ ابن باز 12/36)

Читать полностью…

Galandān ގަލަންދާނު

[] ޖަމްޢު ކުރުމުގައި ނިޔަތް ޤަތުމުގެ ޙުކުމް؛ މީގެ ދަށުން: ފުރަތަމަ ނަމާދުގެ ވަޤުތުގައި އޮޅިގެން ފަސްކޮށް ޖަމްޢު ކުރާ ކަމުގެ ނިޔަތުގައި ނާމާދުކޮށްފިމީހާގެ (ނުވަތަ މިފަދަގޮތަކަށް ނިޔަތް އޮޅުންބޮޅުން އަރައި ޖަމްޢުކުރާ މީހާގެ) ނަމާދު އަލުން އިޢާދަ ކުރަން ޖެހޭނެތޯ؟

🔗 https://monogr.ph/s/Yor1iBoRsB

~ ގަލަންދާނު 🖋️

Читать полностью…

Galandān ގަލަންދާނު

🤝 ބައްދަލުވާހިނދު އަތާއި އަތް ޖޯޑުކުރުމާއި މަޖިލިހަކަށް ވަންނަ އިރު ސަލާމް ގޮވުމުގައި ސުންނަތް ގޮތް

ސުވާލު: މި އަޚާގެ ސުވާލަކީ މަޖިލީހަކަށް ވަންނަހިނދު އެންމެންނާ (ވަކިވަކީން) އަތާ އަތްޖޯޑުކޮށް ސަލާމްކުރުމުގައި (މުޞާފަޙާކުރުމުގައި) ނަބިއްޔު صلى الله عليه وسلم ގެ ސުންނަތް ނުވަތަ އަމަލުފުޅު ހުރި ގޮތާ ބެހޭގޮތުންނެވެ.

ޖަވާބު: (ބަޔާންވެވުނު) މިޢަމަލާއިމެދު ނަބިއްޔު صلى الله عليه وسلم ގެ އަރިހުން އެއްވެސް އެއްޗެއް ޘާބިތުވެފައި ނެތެވެ.

އަދި (މަޖިލިސް ތަކުގައި) ނަބިއްޔު صلى الله عليه وسلم ގެ އަރިހުން ޘާބިތުވެފައިވަނީ (ދުލުން) ސަލާމްގޮވުމެވެ. އަދި ސަލާމްގޮވުން ވަނީ އެންމެންނަށެވެ. ބައެއް މީހުން ކޮންމެ މީހަކާ ވަކިވަކިން އަތާ އަތްޖޯޑުކޮށް ސަލާމްކުރެއެވެ. އަދި ކޮންމެ މީހަކަށްވެސް "އައްސަލާމު ޢަލައިކުމް، އައްސަލާމު ޢަލައިކުމް، އައްސަލާމު ޢަލައިކުމް" މިފަދައިން ބުނެއެވެ. މިގޮތުން، އަތާ އަތްޖޯޑުކުރުމާއެކު ކޮންމެ މީހަކަށް ވަކިވަކިން ސަލާމްގޮވައެވެ. އެންމެންނަށް އެއްފަހަރާ ސަލާމްގޮވާފައި އޮއްވައި، އަލުން ކޮންމެ މީހަކަށް ވަކިވަކިން ސަލާމްގޮވުމަކީ އޭގެ އެއްވެސް އަޞްލެއް ނެތް ކަމެކެވެ. އަދި މިފަދަ ކަންކަމަށް އިންކާރުކުރެވެން ޖެހޭނެއެވެ.

ދެންފަހެ އަތާ އަތްޖޯޑުކުރުމާއި މެދު ދަންނައެ، މިއީ އާދަކާދައިގެ ތެރެއިންވާ ކަމެކެވެ. އަޅުކަމުގެ ތެރެއަކުން ނޫނެވެ. މިގޮތުން އެއީ ހިތްތައް ގުޅުވައިދިނުމާއި، ހިތްތަކުގެ ބަދަލުހިފުމުގެ ރޫހާއި ހަސަދަވެރިކަން ފިލުވައިދިނުމާއި، އަދި އޭގެ ސަބަބުން ލޯބި އިތުރުވެގެންދާ ކަމެކެވެ. އެހެންކަމުން ސަލާމްގޮވާ އިރު އެންމެންނަށް އެއްފަހަރާ ސަލާމްގޮވާލުމުން ފުދޭނެއެވެ. އަދި އަތާ އަތްޖޯޑުކޮށް ސަލާމްކުރާނަމަ، "ޙާލު ކިހިނެއްތޯ؟" ބުނެ، ހާލުއަހުވާލު އޮޅުންފިލުވައި، އެމީހަކަށް ހެޔޮ ދުޢާކުރުން ފަދަ ކަންކަން ކުރެވިދާނެއެވެ.

މިސަބަބަށްޓަކައި ފާޅުވާން އޮތް އެއްޗަކީ، އަތާ އަތްޖޯޑު ކުރުން (އޭގެ ޒާތުގައި) ޖާއިޒު ކަމެކެވެ. ސަބަބަކީ އޭގެއިން އަޅުކަމެއް ކުރުމުގެ ނިޔަތެއް ނޯވެއެވެ. ނަމަވެސް އެއީ ހަމައެކަނި އާދަކާދައެއްގެ ގޮތުންނާއި ހިތްތައް ގުޅުވުމަށްޓަކައި ކުރެވޭ ކަމެކެވެ.

⚠️އަދި "ދެ މުސްލިމަކު ބައްދަލުވެ، އަތާ އަތްޖޯޑުކޮށްފިނަމަ، ގަހެއްގެ ފަތްތައް ފައިބައިގެންދާ ފަދައިން އެދެމީހުންގެ ފާފަތައް ފައިބައިގެންދާނެއޭ" އޮތް ޙަދީޘާއި މެދު ދަންނައެ، އޭގެ ސަނަދާމެދު (ޢިލްމުވެރިން ތެރޭ) ފާޑުކިޔުންތަކެއް ވެއެވެ. އޭގެ ތެރެއިން ބައެއް ބޭކަލުން (މިޙަދީޘުގެ ތަފާތު އެކި) ސަނަދުތައް ޖަމަޢަކޮށް (އޭގެ ދަރަޖަ) ”ޙަސަން“ ކަމަށް ކަނޑައެޅުއްވިއެވެ.⁽¹⁾ އަދި މި މައްސަލައަށް (ބައިވަރު މީހުންނާއި ބައްދަލުވުމުގެ ކަންތަކުގައި) ދަލީލު ހޯދުމަށްވެސް މި ޙަދީޘް ބޭނުކުރުން މުނާސަބެވެ. އެއީ އެމީހުންނާ ބައްދަލުވީމާ، އެ ބައްދަލުވި ވަޤުތު އަތާ އަތްޖޯޑު ކުރުމެވެ. އެހެންކަމުން މި މައްސަލައިގައި މި ޙަދީޘުން ހުއްޖަތް ގެނެވިދާނެއެވެ. ނަމަވެސް ސުންނަތަކީ މިއީ ކަމުގައި (އެބަހީ: އެންމެންނާއި އަތާއި އަތްޖޯޑުކުރުން ކަމުގައި) އަހަރެމެން ނުބުނަމެވެ. އެހެނެއްކަމަކު އަހަރެމެންގެ ބުނުމަކީ މިއީ ޝަރީޢަތާ ޚިލާފުނުވާ އާދަކާދަތަކާއި ޘަގާފަތުގެ ބާބުގެ ތެރެއިންވާ ކަމެއް ކަމުގައެވެ.


~ އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން (އޯޑިއޯ)
~ ގަލަންދާނު 🖋️


ـــــــــــــــــــ
[1] އައްސަޢްދު ވިދާޅުވިއެވެ: ”މި ޙަދީޘް ތަފާތު މަގުތަކުން (ސަނަދުތަކުން) ރިވާވެގެން އައިސްފައިވެއެވެ. އަދި ބައެއް ރިވާޔަތްތަކުން އަނެއް ބައެއް ރިވާޔަތްތަކަށް ބާރުލިބި، ވަރުގަދަކޮށްދޭ ކަމަށް ވެދާނެއެވެ."

🎁🎁 އިމާމް އަންނަވަވީ ވިދާޅުވިއެވެ: "ބައްދަލުވާ ހިނދު އަތާ އަތް ޖޯޑުކުރުމީ އިޖުމާޢުވެގެންވާ ސުންނަތެކެވެ." އިބްނު ޙަޖަރު ވިދާޅުވިއެވެ: "އަދި އަތާ އަތް ޖޯޑުކޮށް ސަލާމްކުރުމަށް އޮތް ޢާންމު އަމުރުން، އަޖުނަބީ (ހިލޭ) އަންހެނުންނާއި އަދި ފުރާވަރު ތުނބުޅި ނުފަޅާ ރީތި ފިރިހެން ކުދިން (الأمرد الحسن) އިސްތިޘްނާވެގެންވެއެވެ."

Читать полностью…

Galandān ގަލަންދާނު

Ruling On The One Who Abandons The Prayer
—Al-Shaykh Al-Muḥaddith Sulaymān Al-ʿAlwān

📎 https://mono.glndn.com/6a33f97783dae23ca034840b


~ Galandān 🖋️

Читать полностью…

Galandān ގަލަންދާނު

🎤 ދީނީ ބަހަނާއެއްގައި ވިޔަސް ހިލޭ އަންހެނުންނާއި އެކީ ސޯޝަލް މީޑިއާގައި އެކަހެރިވާ ގޮތުގައި ޗެޓު ކުރުމުގެ މައްޗަށް ތަޙުޛީރު
— #فتاوى_عبر_الأثير ((ފަތުވާ 628))

Читать полностью…

Galandān ގަލަންދާނު

• • •

ޙަދީޘް: ”އެންމެ ނުބައިކަން ބޮޑު ކާނާ“

⚙️ ޖާހިލިއްޔަ އާދަތަކުގެ ތެރެއިން: ކައިވެނީގެ ވަލީމާ ގައި އިސްކަންދޭ މީހުންނަކީ ހަމައެކަނި ޖާހާއި ޢިއްޒަތާއި މުއްސަނދި ކަން ހުރި މީހުން ކަމުގައި ހެދުމުގެ ނުބައިކަން

🔗 https://mono.glndn.com/s/tI8xpCghEx


~ ގަލަންދާނު 🖋️

Читать полностью…

Galandān ގަލަންދާނު

🗒 ޙިޖާބުވުން

ހަމަކަށަވަރުން ﷲ —تبارك وتعالى— ހިލޭ ފިރިހެނުންނަށް އަންހެނާގެ ޒީނަތްތެރިކަން ފާޅުކުރުން ނަހީކުރެއްވިއެވެ. އޭގެ ތެރެއިން އަމިއްލައަށް ފާޅުވެގެންވާ ތަކެތި މެނުވީއެވެ. [އެބަހީ: ޟަރޫރަތަށްޓަކައި ނޫނީ އިޚްތިޔާރެއް ނެތި ފާޅުވާން ހުރި އެއްޗެއް މެނުވީއެވެ.]

އަދި ހިލޭ ފިރިހެނުން ކިބައިން حِجَاب ވުމަށް (ފަރުދާވުމަށް) އެކަނބަލުންނަށް އެއިލާހު އަމުރުކުރެއްވިއެވެ.

ފަހެ އަންހެނަކު އޭނާގެ މުޅި ހަށިގަނޑު ނިވާކޮށްގެން މެނުވީ حِجَاب ވެގެން ހުރި މީހަކަށް ނުވާނެއެވެ. އަދި އޭގެ ތެރޭގައި މޫނުވެސް ހިމެނެއެވެ.

އެކަން ވާޖިބުވުމުގެ ދަލީލުތައް ގިނަގުނައެވެ. އޭގެ ތެރެއިން ﷲ تعالى ގެ މި ވަޙީބަސްފުޅު ހިމެނެއެވެ: :

▶️وَإِذَا سَأَلْتُمُوهُنَّ مَتَاعًا فَاسْأَلُوهُنَّ مِن وَرَاءِ حِجَابٍ ۚ ◀️ ((އަދި އެކަނބަލުން ގެ ކިބައިން ތިޔަބައިމީހުން އެއްޗަކަށް އެދޭނަމަ، ފަހެ، حِجَاب އެއްގެ އަނެއްފަރާތުން ތިޔަބައިމީހުން އެކަނބަލުންނާ ސުއާލު ކުރާށެވެ!))

އަދި މި މާތް އާޔަތަކީ ނަބިއްޔު ﷺ ގެ އަނބިއަނބިކަނބަލުންނާއި މެދު އޮތް އާޔަތެއް ކަމަކު، އަދި ޞައްޙަ ޙަދީޘް ތަކުން ވާރިދުވެފައިވާ ފަދައިން އެ އާޔަތުގެ سبب النزول އަކީ (އެބަހީ: އެސަބަބަކާއި ހުރެ އެއާޔަތް ބާއްވައިލެވުނު ސަބަބަކީ) އެބޭކަނބަލުންގެ ކަންތަކާއި މެދުގައި ވީހިނދުހައި ވެސް، އޭގެ ޙުކުމަކީ ހުރިހާ އަންހެނުންނަށް ޢާންމުގޮތެއްގައި ޝާމިލުވެގެންވާ ޙުކުމެކެވެ.

އަދި އެކަމަށް ބާރުދެނީ، އެ ޙުކުމުގެ ސަބަބު ބަޔާންކުރައްވައި އާޔަތުގައި ދެން އައިސްފައިވާ މި ބަޔާނުންނެވެ:


▶️ذَٰلِكُمْ أَطْهَرُ لِقُلُوبِكُمْ وَقُلُوبِهِنَّ◀️
((ތިޔަބައިމީހުންގެ ހިތްތަކަށާއި، އެކަނބަލުންގެ ހިތްޕުޅުތަކަށް އެންމެ ޠާހިރުކަންބޮޑީ އެގޮތެވެ.))

ޙިޖާބުވުމަކީ މާތްކަމާއި ދަރަޖައިގެ ގޮތުން އެފަދަ ދެވަނައެއް ނެތް ޞަޙާބީން -رضي الله عنهم- ގެ ހިތްތަކަށާއި، ޠާހިރުކަމާއި ޢިއްފަތްތެރިކަމުގެ ގޮތުން އެފަދަ ދެވަނައެއް ނެތް ރަސޫލު ﷺ ގެ އަނބިއަނބިކަނބަލުންގެ ހިތްތަކަށް؛ "ޠާހިރުކަމެއް" ކަމުގައި ވާނަމަ، ފަހެ، އެބޭކަލުންނާއި އެކަނބަލުންގެ ފަހުން އައި މީހުންގެ ޙާލަކީ ކޮބައިހެއްޔެވެ؟ އެއުރެންނީ ދަރަޖައިގެ ގޮތުން އެބޭކަލުންނާއި އެކަނބަލުންނަށްވުރެ މާ ދަށުގައިވާ ބައެކެވެ. އެހެންކަމުން، (ސަބަބު އެބައެއްގެ ފުށުގައި ބޮޑަށް އޮތަތީވެ) ޙުކުމް ޙައްޤުވުން އައުލާ ވެގެންވާ މަގަށް ބަލާނަމަ، އެ އެންމެންވެސް މި ޙުކުމުގައި ޝާމިލުވެގެން ވެއެވެ.



— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދުﷲ އައްސަޢްދު (ބަސްކޮޅު، 1 ، 2، 3)
~ ގަލަންދާނު 🖋️


ــــــــــــــــــــــــ
🎁🎁 މިމަސްއަލައާއި ގުޅުން ހުރި ބައެއް ލިޔުން

⚙️ޙިޖާބުގެ ޞައްޙަ ޞިފަތައް (ފޮޓޯ)
⬆️އަންހެނާ މޫނު ފޮރުވުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟ (ފަތުވާ)
⬆️ޙިޖާބު ނުވުމަކީ ފާފައެކެވެ. އެއާއި ދެކޮޅަށް ވަކާލާތު ކުރުމަކީ ކުފުރެކެވެ. (ބަސްކޮޅު)
⬆️ހިޖާބުވުމުގެ މައްސަލާގައި ﷲ އަށް އުރެދި މައިންބަފައިންނަށް ކިޔަމަންވުމެއް ނުވެއެވެ. (ބަސްކޮޅު)
⬆️އަންހެނާގެ ބުރުގާގައި ވުޟޫކުރުމުގައި (ޚުއްފާއި ފަގުޑީގައި ފެންފުހޭ އުޞޫލާއި އެއްގޮތަށް) ފެންފުހެވުން ވޭހެއްޔެވެ؟ (ފަތުވާ)

⬆️A Note On The Ruling On Islamic Ḥijāb According To The Four Imāms [Article]
⬆️Ruling On Segregation Of Young Children From Opposite Gender And The Issues Related In Observing Ḥijāb Between Them And Non-maḥrams (Fatwā)

Читать полностью…

Galandān ގަލަންދާނު

ޝައްކުއުފެދޭ ނުވަތަ ޙަރާމް ވަސީލަތްތަކުން އާމްދަނީ ހޯދާފައިވާ މީހެއްގެ މުދަލުން މަންފާއެއް ލިބިގަތުމުގެ ޙުކުމް

🔗https://mono.glndn.com/s/rJYNHtKGb7

~ ގަލަންދާނު 🖋️

Читать полностью…

Galandān ގަލަންދާނު

🌘 ނިދުމުގެ ކުރީން ކުރާ ޛިކުރުތަކުގެ އަދަދާއި އޭގެ ބާވަތްތައް


ސުވާލު: ނިދުމުގެ ކުރިން ކުރާ ޛިކުރުތަކުގެ ޞައްޙަ ތަކެއްޗަކީ ކޮބައިތޯއެވެ؟


ޖަވާބު: މިކަމާ ބެހޭގޮތުން ވާރިދުވެފައިވާ ޙަދީޘްތައް ވަރަށްވެސް ގިނައެވެ. އެ ހުރިހާ ތަކެއްޗާއިމެދު ވާހަކަ ދައްކަންވެއްޖެނަމަ ވަރަށް ދިގުވެގެންދާނެއެވެ. ނިދުމާ ބެހޭގޮތުން އައިސްފައިވާ ޙަދީޘްތައް ގިނަކަމުން، ޙަދީޘްޢިލްމުވެރިންގެ ތެރެއިން އެއް ބޭފުޅަކަށްވުރެ ގިނަ ބޭފުޅުން ވިދާޅުވެފައިވެއެވެ: ނިދުމުގެ ކުރިން ކިޔާ ޛިކުރުތަކާއި ކަންތައްތަކާ ގުޅޭ ސުންނަތްތަކުގެ އަދަދު ތިރީސް ހަޔަކަށް އަރައެވެ. ނިދުމުގައި ތިރީސް ހަ ސުންނަތެއްވެއެވެ. މީގެ މާނައަކީ އެކަމާ ގުޅޭ ތިރީސް ހަ ޙަދީޘް އެބައޮތޭ އެވެ. ނަމަވެސް ޔަޤީނުންވެސް މީގެ ތެރޭގައި ޞައްޙަ ޙަދީޘްތަކާއި ޟަޢީފް (ބަލިކަށި) ޙަދީޘްތައްވެސް ހިމެނެއެވެ.

އެކަމަކު އޭގެ ތެރެއިން އެންމެ މަޝްހޫރުވެގެންވަނީ ވުޟޫކުރުމެވެ. މިއީ އައްޞަޙީޙު (އެބަހީ އަލްބުޚާރީ ނޫނީ މުސްލިމްގެ) ޙަދީޘްތަކުން ޘާބިތުވާ ކަމެކެވެ. އަދި ކަނާތްފަރާތަށް އޮށޯވެ ނިދުމެވެ. މިއީވެސް އައްޞަޙީޙުގެ ޙަދީޘްތަކުން ޘާބިތުވާ ކަމެކެވެ.

އަދި މިއާ ގުޅޭ ސުންނަތްތައް ދެ ބަޔަކަށް ބެހިގެންވެއެވެ. އެއީ

1️⃣(ދުލުންކިޔާން ޘާބިތުވާ) ޤައުލީ ސުންނަތްތަކާއި

2️⃣(ޢަމަލުން ކުރުމަށް ޘާބިތުވާ) ފިޢުލީ ސުންނަތްތަކެވެ.
އަދި މި (އިތުރު) ދެބަޔަކަށް ބެހިގެންވެއެވެ:
⬆️އެޔަކީ ސުންނަތެއްކަމާމެދު ޢިލްމުވެރިންގެ މެދުގައި އެއްވެސް ޚިލާފެއް ނެތް ކަންތައްތަކާއި،
⬆️އެޔަކީ ސުންނަތެއްކަމާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާ ކަންތައްތަކެވެ.

މިޘާލަކަށް، ނަބިއްޔު صلى الله عليه وسلم އެކަލޭގެފާނުގެ ކަނާތްޕުޅު ކޯދަށަށް އަތްތިލަ ލައްވައިގެން (ނުވަތަ ކަނާތްޕުޅު މަތީގައި ބޯއަޅުއްވައިގެން) އަވަހާރަފުޅުލެއްވުމެވެ.

މިއީ ސުންނަތެއް ހެއްޔެވެ؟ ނުވަތަ މިއީ އިންސާނީ ތަބީޢަތުގެ ގޮތުން ނުވަތަ އެޒަމާނުގެ މީހުންގެ އާދަކާދައިގެ މަތިން ކުރެއްވި ކަމެއް ހެއްޔެވެ؟ މިއީ ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާ ކަމެކެވެ.

އަދި މިކަމާ ގުޅޭގޮތުން އައިސްފައިވާ ޙަދީޘްތައް ވަރަށްވެސް ގިނައެވެ. އޭގެ ތެރޭގައި: (سبحان الله) ތިރީސް ތިން ފަހަރު، (الحمد لله) ތިރީސް ތިން ފަހަރު، އަދި (الله أكبر) ތިރީސް ހަތަރު ފަހަރު ކިޔުން ހިމެނެއެވެ. އަދި "ربِّ قِني عذابك يوم تبعث عبادك" މިއާއި، "اللهم رب السماوات السبع..."، ...މިއީ ހައްތަހާވެސް ޞައްޙަ ޙަދީޘްތަކެވެ.


— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން (އޯޑިއޯ)
~ ގަލަންދާނު 🖋️


ــــــــــــــــــــــــــ
ـ🎁🎁ـ މިމައުޟޫޢު އާއި ގުޅުން ހުރި ބައެއް ލިޔުންތައް:

⚫️ ނިދުމުގެ ޛިކުރުތައް (ލިސްޓު)

⚫️سورة الإخلاص، الفلق، الناس ނިދުމުގެ ކުރިން އަތްތިލައަށް ނަފަޘަ ކުރާއިރު ކިޔަން ޖެހޭ ތަރުތީބު އޭގެ ވައްޓަފާޅި (ތަފްޞީލުކޮށް) (ކުރުކޮށް)
⚫️ވާރިދުވެފައިވާ ދުޢާތައް އުނިއިތުރުކުރުމެއްނެތި ކިޔުމުގެ އަމުރު (ލިޔުން)
⚫️ތުއްތުކުދީންގެ ހަށިރައްކަލަށް ކިޔަވާން އޮތް ސުންނަތް ގޮތް (ލިޔުން)

⚫️ތަބާރަ ސޫރަތް (މުލްކު ސޫރަތް) ރޭގަނޑުގައި ކިޔެވުމުގެ މަތިވެރިކަން (ލިޔުން)
⚫️ބަޤަރާ ސޫރަތުގެ ފަހު ދެއާޔަތް ކިޔެވުމުގެ މަތިވެރިކަން (ފޮޓޯ)
⚫️ސަޖިދަ ސޫރަތް ކިޔެވުން ޘާބިތެއް ނޫނެވެ. (ލިޔުން)

⚫️މަޝްހޫރު އެހެނަސް ބަލިކަށި ޙަދީޘެއް: ނިދުމުގެ ކުރިން މުސްލިމުންނާއިމެދު ހިތްސާފު ކުރި މީހާގެ ވާހަކަ (ލިޔުން)

Читать полностью…

Galandān ގަލަންދާނު

—(2)—

އަދިވެސް ވަޙީކުރެއްވިއެވެ:

﴿مَّا كَانَ ٱللَّهُ لِيَذَرَ ٱلۡمُؤۡمِنِينَ عَلَىٰ مَآ أَنتُمۡ عَلَيۡهِ حَتَّىٰ يَمِيزَ ٱلۡخَبِيثَ مِنَ ٱلطَّيِّبِۗ﴾ [آل عمران: 179]

((مؤمن ންނޭކިޔައިގެން އެއުޅޭ އެންމެން އެމީހުން ހަމަ އެތިބިގޮތަށް އޭގެތެރޭގައިތިބި ވިޔާނުދާ ނުބައިމީހުންނާއި ރަނގަޅު تقوى ވެރިން ވަކި ނުކުރައްވައި (ނުވަތަ ރަނގަޅު مؤمن ންނާއި مؤمن ންނޭކިޔައިގެން منافق ވެގެން އުޅޭމީހުންނާއި ވަކި ނުކުރައްވައި) ހަމަ އެހެން ދޫކޮށްލާނޭ ކަލަކުކަމުގައި ﷲ ނުވެއެވެ. (إمتحان ކުރައްވައި ދެބައި ވަކިކުރައްވާ ހުއްޓެވެ.) ))

އަދި ވަޙީކުރެއްވިއެވެ:

﴿وَمِنَ ٱلنَّاسِ مَن يَعۡبُدُ ٱللَّهَ عَلَىٰ حَرۡفٖۖ فَإِنۡ أَصَابَهُۥ خَيۡرٌ ٱطۡمَأَنَّ بِهِۦۖ وَإِنۡ أَصَابَتۡهُ فِتۡنَةٌ ٱنقَلَبَ عَلَىٰ وَجۡهِهِۦ﴾ [الحج: 11]

((އަދި ޝައްކެއްގައި ހުރެގެން ﷲ އަށް އަޅުކަންކުރާމީހުން މީސްތަކުންގެތެރޭގައި ވެއެވެ. ދެންފަހެ އެމީހުންނަށް ހެޔޮކަމެއް ދިމާވެއްޖެއްޔާ (އެބަހީ: ރިޒުގު ތަނަވަސްވުންފަދަ دنيوى ހަމަޖެހުމެއް ދިމާވެއްޖެއްޔާ) އެ دين މަތީ قائم ވެތިބެއެވެ. ހަމަޖެހިގެން ތިބެއެވެ. އަދި އެމީހުންނަށް فِتْنَة އެއް ދިމާވެއްޖެއްޔާ (އެބަހީ: ތަދުމަޑުވުންފަދަ ދަތި އުނދަގުލެއް ދިމާވެއްޖެއްޔާ އެމީހުން އެމީހުންގެ މޫނު މައްޗަށް ފުރޮޅިދެއެވެ. އެބަހީ: دين ދޫކޮށް މުރުތައްދުވެދެއެވެ.)) ❝



~ ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ 🇧🇬

މަޖްމޫޢުލް ފަތާވާ، 7 ވަނަ جلد (ކިތާބުލް އީމާން)، ޞަފްޙާ 271
~ ގަލަންދާނު 🖋️



ــــــــــــــــــــــــــــــ
[1] ޝެއިޚުލް އިސްލާމް މިތަނުގައި އަހުލުއްސުންނަތުގެ އަރިހުގައިވާ ބޮޑު ގާޢިދާއެއް ބަޔާންކޮށްދެއްވައެވެ. އެއީ އީމާންކަމަކީ އަޞްލަކާއި، ޙަޤީޤަތަކާއި، އަދި (ކާމިލު) ފުރިހަމަކަމެއް އެކުލެވިގެންވާ އެއްޗެއް ކަމެވެ.

1️⃣އޭގެ އަޞްލަކީ: އެއިން އަޅާ އިސްލާމްދީނަށް ވަންނަ ކަންތަކެވެ. އެއީ ބޭރުފުށުން ކިޔަމަންތެރިވުމާ އެކު، ޖުމްލަގޮތެއްގައި ﷲ އަށާއި އެއިލާހުގެ ރަސޫލާއަށް ކަނޑައެޅިގެންވާ ޘާބިތު އިޤްރާރަކުން އިޤްރާރުވުމެވެ.
2️⃣އޭގެ ޙަޤީޤަތަކީ: ތަފްޞީލީ ޢިލްމާއި، ޘާބިތުވެގެންވާ ޔަޤީންކަމާއި، (އެހެން ހުރިހާ ލޯތްބެއްގެ މައްޗަށް) ގަދަވެގަންނަ ލޯތްބާއި، ބިރުވެތިކަމާއި، އަދި މަތިވެރިކުރުމުގެ ތެރެއިން ހިތުގައި އަށަގަންނަ (ޤާއިމުވާ) ކަންތައްތަކެވެ.
3️⃣އޭގެ ފުރިހަމަކަން ނޫނީ ކާމިލު މިންވަރަކީ: އަމިއްލަ ނަފްސާއި މުދަލުގެ މައްޗަށް ﷲގެ އަމުރުފުޅު އިސްކުރުމާއި، ޝުބުހަ (އެބަހީ: ޝައްކުވަދެގަންނަ އޮޅުންބޮޅުން)ތަކާއި ޝަހުވަތްތަކުގެ ކުރިމަތީގައި ޘާބިތުވެ ހުރުން ގެނެސްދޭ، އީމާން ކަމުގެ ޙަޤީޤަތުން ފޯދޭ މޭވާއެވެ.

ވީމާ، މީސްތަކުން އީމާންކަމުގެ އަޞްލުގައި ބައިވެރިވެއެވެ (އެ ބައިގައި އެންމެން ހަމަހަމަވެގެންވެއެވެ). ނަމަވެސް، އޭގެ ޙަޤީޤަތާއި ކާމިލު ކަމުގައި އެބައިމީހުންގެ މެދުގައި ބޮޑުވެގެންވާ ތަފާތުވުމެއް ވެއެވެ.


🎁🎁 އިބްނު ކަޘީރު ވިދާޅުވިއެވެ:

މާތްﷲ ވަޙީކުރެއްވިއެވެ:

﴿مَّا كَانَ ٱللَّهُ لِيَذَرَ ٱلۡمُؤۡمِنِينَ عَلَىٰ مَآ أَنتُمۡ عَلَيۡهِ حَتَّىٰ يَمِيزَ ٱلۡخَبِيثَ مِنَ ٱلطَّيِّبِۗ﴾ [آل عمران: 179]

((مؤمن ންނޭކިޔައިގެން އެއުޅޭ އެންމެން އެމީހުން ހަމަ އެތިބިގޮތަށް އޭގެތެރޭގައިތިބި ވިޔާނުދާ ނުބައިމީހުންނާއި ރަނގަޅު تقوى ވެރިން ވަކި ނުކުރައްވައި (ނުވަތަ ރަނގަޅު مؤمن ންނާއި مؤمن ންނޭކިޔައިގެން منافق ވެގެން އުޅޭމީހުންނާއި ވަކި ނުކުރައްވައި) ހަމަ އެހެން ދޫކޮށްލާނޭ ކަލަކުކަމުގައި ﷲ ނުވެއެވެ. (إمتحان ކުރައްވައި ދެބައި ވަކިކުރައްވާ ހުއްޓެވެ.) ))

އެބަހީ: އިމްތިހާނެއްގެ (ނުވަތަ މުޞީބާތެއްގެ) ސަބަބެއް މެދުވެރިކުރެއްވުން ކޮންމެހެންމެ ބޭނުމެވެ. އެއިން އެއިލާހުގެ ވަލިއްޔުން ފާޅުވެ، އެއިލާހުގެ ޢަދާވާތްތެރިން ފަޟީޙަތްވެގެން ދާނެއެވެ. އެއިން ކެތްތެރި މުއުމިން އާއި، ފާޖިރު މުނާފިޤު އެނގިގެންދާނެއެވެ.

މީގެ މުރާދަކީ މުއުމިނުން އިމްތިހާނު ކުރެއްވުނު އުޙުދު ހަނގުރާމައިގެ ދުވަހެވެ. އެ ދުވަހު އެބައިމީހުންގެ އީމާންކަމާއި، ކެތްތެރިކަމާއި، ހިތްވަރާއި، ޘާބިތުކަމާއި، އަދި ﷲ އަށާއި އެއިލާހުގެ ރަސޫލު ﷺ އަށް ކިޔަމަންތެރިވުން ފާޅުވެގެންދިޔައެވެ. އަދި އެ ދުވަހު މުނާފިޤުންގެ ފަރުދާ ކެހިގެންގޮސް، އެބައިމީހުންގެ ދެކޮޅުވެރިކަމާއި، ޖިހާދަށް ދިއުމަށް ފަސްޖެހުމާއި، އަދި ﷲ އަށާއި އެއިލާހުގެ ރަސޫލު ﷺ އަށް ވީ ޚިޔާނާތް ފާޅުވިއެވެ. އެހެންވެ، އެކަލާނގެ ވަޙީކުރެއްވިއެވެ: [މާނަ] ((ރަނގަޅު މީހުންގެ ތެރެއިން ނުބައިމީހުން ވަކިކުރައްވައިފުމަށް ދާނދެން، اللَّه ތިޔަބައިމީހުން ތިބިގޮތުގެ މައްޗަށް (އެބަހީ: مؤمن ންނާއި منافق ން އެކުވެ އުޅުމުގެ މައްޗަށް) مؤمن ން ދުލެއް ނުކުރައްވާނެތެވެ.))

މުޖާހިދު ވިދާޅުވިއެވެ: އެބައިމީހުންގެ މެދުގައި ވަކިކުރެއްވުނީ އުޙުދު ދުވަހުގައެވެ.

އަދި ޤަތާދާ ވިދާޅުވިއެވެ: އެބައިމީހުންގެ މެދުގައި ވަކިކުރެއްވުނީ ޖިހާދާއި ހިޖުރައިގެ ސަބަބުންނެވެ.
— ނިމުނީ.

Читать полностью…

Galandān ގަލަންދާނު

The Schools Of Thought Among Scholars Regarding The Calculation Of The Seven Days For The Aqīqah

/channel/galandaan/469

Читать полностью…

Galandān ގަލަންދާނު

Is The Basmalah A Verse Of al-Fātīḥah Or Not?

🔗 https://mono.glndn.com/s/3223eIyXSr

— Al-Shaykh Al-Muḥaddith Sulaymān Al-ʿAlwān
~ Galandān 🖋️

Читать полностью…

Galandān ގަލަންދާނު

ބޫލުޣުލް މަރާމްގެ ޝަރަޙައިން (ޙަދީޘް 393)

ޖަމާޢަތުގައި ނަމާދު ކުރުމާއި ބަންގީގެ އަޑު އިވި ޖަމާޢަތަށް ޙާޟިރުނުވެއްޖެ މީހާގެ ޙުކުމް


🔗https://mono.glndn.com/s/3P8wBF-ifX

— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން
~ ގަލަންދާނު 🖋️

Читать полностью…

Galandān ގަލަންދާނު

ބީއެމްއެލްގެ ޑޮލަރ އިންވެސްޓްމަންޓް މުޢާމަލާތް: ޝަރީޢާ ކޮމްޕްލަޔަންސް ނަޒަރުން

Читать полностью…

Galandān ގަލަންދާނު

📑 އެމީހެއްގެ ނަމާދު ޞައްޙަ ނޫން މީހެއް ނުވަތަ މުރުތައްދެއް ފަހަތުގައި ނޭނގި ހުރެ ނަމާދު ކޮށް ނިންމައިފި މީހާ ކަންތައްކުރަންވީ ގޮތް
—(1)—


"ކާފިރެއްގެ ފަހަތުގައި ކުރާ ނަމާދު އެއްވެސް ހާލެއްގައި ޞައްޙައެއް ނުވާނެއެވެ. އެއީ އޭނާގެ ކުފުރުވުން އެއީ ޢަޤީދާގެ ގޮތުން ކަމުގައި ވިޔަސް، ބަހުގެ ގޮތުން ކަމުގައި ވިޔަސް، ޢަމަލުގެ ގޮތުން ކަމުގައި ވިޔަސް، ނުވަތަ (އެފަރުޟެއް އެޅުމަކީ ކުފުރެއް ކަމަށްވާފަދަ ކަމެއް) ދޫކޮށްލުމުގެ ގޮތުން ކުފުރުވެފައިވީ ކަމުގައި ވިޔަސްމެއެވެ.

ޢަޤީދާގެ މިޘާލަކީ: ﷲ އާއެކު އެހެން އިލާހަކު ވާކަމަށް ޤަބޫލުކުރުމެވެ.

ބަހުގެ މިޘާލަކީ: ﷲ އަށް، ނުވަތަ އެއިލާހުގެ ރަސޫލަށް، ނުވަތަ އެއިލާހުގެ ދީނަށް ފުރައްސާރަކުރުމެވެ. ފަހެ، ﷲ އަށް، ނުވަތަ އެއިލާހުގެ ރަސޫލަށް، ނުވަތަ އެއިލާހުގެ ދީނަށް ފުރައްސާރަކުރާ މީހަކީ، އޭނާ ނަމާދު ކުރި ކަމުގައި ވިޔަސް ކާފިރެކެވެ...

އަދި މުސްލިމަކު ކާފިރެއްގެ ފަހަތުގައި ނަމާދުކުރުމަކީ ލާހިކު ކުޅަދާނަ ނޫން ކަމެއްކަން އަހަރެމެންނަށް އެނގެއެވެ. ނަމަވެސް، މީހަކު މީހެއްގެ ފަހަތުގައި ނަމާދުކޮށް، އޭނާއަކީ ކާފިރެއްކަން އެނގުނީ ނަމާދު ނިމުނު ފަހުން ކަމަށް ބަލަމާ ހިނގާށެވެ. އެހެންވީމާ، އޭނާ އެ ނަމާދު އަލުން އިޢާދަކުރަން (އަލުން ކުރަން) ޖެހޭނެ ހެއްޔެވެ؟ ނުވަތަ ނޫން ހެއްޔެވެ؟

ޖަވާބު: ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭފުޅުން ވިދާޅުވަނީ: އޭނާ ނަމާދު އަލުން ކުރާކަށް ނުޖެހޭނެއެވެ. އެހެނީ އޭނާއަކީ (ނޭނގުމުގެ) ޢުޛުރުވެރިއެކެވެ.

އަދި އަނެއްބައި ބޭފުޅުން ވިދާޅުވަނީ: ނޫނެކެވެ، އޭނާ ނަމާދު އަލުން ކުރަން ޖެހޭނެއެވެ. އެހެނީ އިމާމުކަން ޞައްޙަވުމުގެ ޝަރުޠުތަކުގެ ތެރެއިން އެއް ޝަރުޠަކީ އިމާމަކީ މުސްލިމަކު ކަމުގައި ވުމެވެ.

އަދި މީހަކު މިހެން ބުނެފިނަމަ: 'މިކަމުގައި އިތުރު ތަފްޞީލެއް ގެނެވިދާނެހެއްޔެވެ؟ (އެބަހީ) އޭނާގެ ކިބައިން ކުފުރުގެ ޢަލާމާތްތައް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން ހުރިނަމަ، (ފަހަތުގައި ކުރި) ނަމާދު ޞައްޙައެއް ނުވާނެއެވެ. އަދި (އޭނާ ކާފިރެއްކަން ދޭހަކޮށްދޭ) ޤަރީނާއެއް ހުރުމުގެ ސަބަބުން، ނޭނގުމުގެ ޢުޛުރެއް ނުލިބޭނެއެވެ. އެހެން ނޫންނަމަ (ފާޅުކަން ބޮޑު ޢަލާމާތެއް ނެތްނަމަ) ނަމާދު ޞައްޙަވާނެއެވެ؟'

ޖަވާބަކީ: އެގޮތަށް (ތަފްޞީލްކޮށް) ކަނޑައެޅިދާނެއެވެ.

ފަހެ، މި މަސްއަލައިގައި އެންމެ ރާޖިޙް (ބުރަދަން ބޮޑު) ބަހަކީ: އޭނާއަށް (އިމާމަކީ ކާފިރެއްކަން) ނޭނގޭނަމަ، ފަހެ އޭނާގެ ނަމާދު ޞައްޙައެވެ."


— އިބްނު ޢުޘައިމީން ["އައްޝަރްޙުލް މުމްތިއު" (4/ 220)]
~ ގަލަންދާނު 🖋️


ــــــــــــــــــــــــ
ـ🎁🎁_ ޑރ މުޙައްމަދް އައްޠަރްހޫނީ ވިދާޅުވިއެވެ:

”މުރުތައްދު މީހެއްގެ ފަހަތުގައި ނަމާދުކުރުމަކީ ފިޤުހީ މަސްއަލައެކެވެ. ތަކްފީރުކުރުމާ (މީހަކު ކާފިރުކުރުމާ) އެކަމާއި އެއްވެސް ގުޅުމެއް ނެތެވެ.

އަދި އޭ އަޚުންނޭވެ! ސަމާލުވާށެވެ. ކުފުރުގެ މައުޟޫޢަކީ (ސަލާމަތްތެރި) މުސްލިމަކާ ވަރަށް ދުރުގައިވާ ކަމެކެވެ. އަދި އޭގެ ތެރެއަށް މީހަކު ވެއްޓި، އޭނާގެ މައްޗަށް (މުޢައްޔަންކޮށް) އެ ޙުކުމް ހިނގުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ.

އަހަރެމެންގެ "ތަކްފީރުލް މުޢައްޔަން" (تكفير المعين) މި ފޮތުގައި ބަޔާންކޮށްދީފައިވާ ފަދައިން، ޝަރުޢީ ގޮތުން މުރުތައްދުވެފައިވާކަން ޘާބިތުވެފައިވާ މީހެއްގެ ފަހަތުގައި މުސްލިމަކު ނަމާދުކޮށްފިނަމަ:

⬆️އެ ނަމާދު ބާޠިލްވާނެ ކަމަށާއި އެ ނަމާދު އަލުން އިޢާދަކުރުން (އަލުން ކުރުން) ވާޖިބުވާނެ ކަމަށް ޢިލްމުވެރިންގެ ޖަމާޢަތަކުން ވަނީ ބަޔާންކުރައްވާފައެވެ.
⬆️ނަމަވެސް، އޭނާ މުރުތައްދުވެފަޢިވާ ކަން (ފަހަތުގައި ނަމާދުކުރި މީހާއަށް) ނޭނގޭ ޙާލަތުގައި، އޭނާގެ އެ ނަމާދު ޞައްޙަވާނެއެވެ.
⬆️ އަދި އަހަރެމެން ތަފްޞީލްކޮށްދިން ފަދައިން، (ކުފުރުގެ ތުހުމަތުއޮވެ، މުޢައްޔަންކޮށް) މުރުތައްދުވިކަން ޘާބިތުނުވާ މީހެއްގެ ފަހަތުގައި ކުރާ ނަމާދު އިޘްތިސްނާއެއްނެތި (މުޠުލަޤުކޮށް) ޞައްޙަވާނެއެވެ.“ —ނިމުނީ.

=

Читать полностью…

Galandān ގަލަންދާނު

|| މިސްކިތު ޖަމާޢަތަށް ދިޔުމުން ޢުޛުރުވެރި ވަނީ ކިހާ ދުރުމިނެއްގައި އެމިސްކިތެއް ހުރުމުންހެއްޔެވެ؟
—①—


ސުވާލު: ސުވާލުކުރާ މީހާ ބުނެއެވެ: މިސްކިތް އަހަރެންގެ ގެއާ އެއް ކިލޯމީޓަރު ދުރުގައި ހުރިނަމަ، އަހަރެން މިސްކިތަށް ގޮސް ނަމާދުކުރުން ވާޖިބުވާނެ ހެއްޔެވެ؟

ޖަވާބު: ޞަޙީޙު މުސްލިމްގައި ރިވާވެގެންވެއެވެ. ލޯފަން ބޭކަލަކަށް ނަބިއްޔު صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ:

«أتسمع النداء؟» ((ކަލޭގެފާނަށް ބަންގީގެ އަޑު އިވޭހެއްޔެވެ؟)) އެކަލޭގެފާނު ދެންނެވިއެވެ: އާދެއެވެ. ޙަދީޘް ކުރެއްވިއެވެ: «فأجب، فإني لا أجد لك رخصة» ((އެހެންކަމުގައި ވާނަމަ (އެ ގޮވާލުމަށް) އިޖާބަދޭހުށި ކަމެވެ. ފަހެ ތިބާއަށްޓަކައި އެއްވެސް ލުޔެއް (މިސްކިތަށް ނައިސް ހުރުމުގެ ހުއްދައެއް) ލިބިގެންވާކަމަކަށް ތިމަންކަލޭގެފާނު ދެކެވަޑައެއް ނުގަންނަވަމެވެ.))

އަދި އިމާމް އަޙްމަދާއި އެނޫން ބޭކަލުންގެ އަރިހުން ރިވާވެ އަދި ސުނަނު އަބީ ދާވޫދުގައިވެސް ވާ (އިބްނު ޢައްބާސުގެ) ޙަދީޘުގައި ވެއެވެ. އަދި މިއީ އިބްނު ޢައްބާސްގެ އަރިހުން މަރްފޫޢު ގޮތުގައި (ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވި ކަމަށް ޞަރީޙަކޮށް ބުނެވިގެންވާ ގޮތުގައި) އަދި މައުޤޫފުކޮށް (އިބްނު ޢައްބާސްގެ ބަސްފުޅެއް ގޮތުގައި އަދި ނަބިއްޔު ﷺ ޙަދީޘް ކުރެއްވިކަމަށް ޞަރީޙަކޮށް ނުބުނެވި) — މިދެ ބީދައިން ވެސް ރިވާވެގެންވާ ޙަދީޘެކެވެ. އަދި އެދެގޮތުން ކުރެ ޞައްޙަކަން ބޮޑީ މައުޤޫފު ގޮތެވެ. އެކަލޭގެފާނު ވިދާޅުވިޔޭ:

((ބަންގީގެ އަޑު އިވޭ މީހާ، ފަހެ (އެ ގޮވާލުމަށް) އިޖާބަދޭހުށިކަމެވެ.))

*[[މިތާނގައި އިޝާރާތް މިކުރައްވަނީ — الله أعلم — މިރިވާޔަތަށެވެ: عن ابن عباس قال: «من سمع النداء ثم لم يجب من غير عذر فلا صلاة له» ((ބަންގީގެ އަޑު އިވިއްޖެ މީހާ، ދެން ޢުޛުރެއް ނެތި އެއަށް އޭނާ އިޖާބަ ނުދީފިނަމަ، އޭނާ އަށް ނަމާދެއް ނުވެއެވެ.))]]

އެހެންކަމުން ޙުކުމް ބިނާވެގެންވަނީ ބަންގީގެ އަޑު އިވުމުގެ މައްޗަށެވެ. ބަންގިގޮވާ މީހާގެ އަޑު އިވޭ މީހަކަށް، އެކަމަށް އިޖާބަދިނުން ވާޖިބުވެގެންވެއެވެ. އެއީ އެކަމަށް އޭނާ ނުކުޅެދިގެން ނުވާހާ ހިނދަކުއެވެ. ނުވަތަ އޭނާއަށް ތަޙައްމަލު ނުކުރެވޭފަދަ އުނދަގުލެއް (މަޝައްޤަތެއް) އެކަމުގައި ނުވާހާ ހިނދަކުއެވެ. ނުވަތަ އުޛުރުވެރިންގެ ތެރެއިން އުޛުރެއް އޮތް މީހަކަށް ނުވާހާ ހިނދަކުއެވެ.

މިގޮތުން، ބަންގީގެ އަޑު އިވުނު ކަމުގައި ވިޔަސް މިސްކިތާއި އެހާމެ ދުރުގައި ހުރެއްޖެ މީހާ، ގަދަ ހޫނުގެ ސަބަބުން، ނުވަތަ ބައްޔެއްގެ ސަބަބުން، ނުވަތަ ދުރުވުމުގެ ސަބަބުން ކުރިމަތިވާ ބޮޑު އުނދަގުލަކުން ނުވަތަ އެނޫންވެސް ކަމެއް ތަޙައްމަލު ކުރެވެން ނެތް ނަމަ، އުޛުރުވެރިންގެ ތެރެއިން އޭނާ ހިމެނޭނެއެވެ.


⚠️(ލައުޑްސްޕީކަރު (އަޑުގަދަކުރާ) ތަކުގެ ޙުކުމް)

ނަމަވެސް، މިކަމުގައި ލައުޑްސްޕީކަރުތަކަށް (އެބަހީ: އެއިން އަޑުފޯރާ ދުރުމިނަށް) ބެލެވޭނެ ހެއްޔެވެ؟ ނުވަތަ ނޫން ހެއްޔެވެ؟ އަހަރެމެންގެ މި ޒަމާނުގައި ލައުޑްސްޕީކަރުތައް ހުރުމާއެކު، ބައެއް ޙާލަތުގައި ބުނެވިދާނެއެވެ: ލައުޑްސްޕީކަރުން ބަންގީގެ އަޑު އިވޭނަމަ، އޭނާ އެއަށް އިޖާބަދިނުން ވާޖިބުވާނެއެވެ. މިގޮތަށް ބުނެވޭ ސަބަބަކީ، އޭގެ ބަދަލުގައި (އަނެއްކޮޅުން، އަހަރެމެންގެ މިޒަމާނުގެ މާޙައުލުގައި) ލައުޑްސްޕީކަރުތަކާއި، ކާރު ފަދަ އުޅަނދުތަކާއި، އެއާކޮންޑިޝަންތަކާއި، މިސްކިތަށް ދިއުމަށް އެހީތެރިވެދޭ ކަންތައްތައް ހުރިއިރު، އެ ތަކެތީގެ ސަބަބުން (ކުރީ ޒަމާނާއި ޚިލާފަށް މިޒަމާނުގައި) ޠަބީޢީގޮތުން ބަންގީގެ އަޑު ސާފުކޮށް އިވުމަށް ހުރަސްއެޅި، އަޑު ބަންދުވެގެންދެއެވެ.

(ނޯޓު: އެއަރކޮންޑިޝަންގެ އަޑުގެ ވާހަކަ ޝެއިޚު ވިދާޅުވެފައި މިވަނީ މިފަތުވާ ދެއްވި ޒަމާނަށް ބައްލަވައެވެ. އެޒަމާނުގެ އޭސީގެ ގޭތެރޭ ޔުނިޓުތަކުގެ އަޑު އަހައިލިުމަށް - އޯޑިއޯ)

ބައެއް ފަހަރު ތިބާއާއި އަވަށްޓެރިވެ ހުންނަ މިސްކިތުން ބަންގިގޮވާއިރު، ގޭގައި ހުންނަ އެއާކޮންޑިޝަންތަކާއި އިންޖީނުތަކުގެ އަޑުގެ ސަބަބުން ބަންގީގެ އަޑު ނީވި ހިނގައިދާނެއެވެ. އަދި ގިނަ އަދަދަކަށް ކާރުތަކާއި އެއާކޮންޑިޝަންތައް އައުމުގެ ކުރިން—އަހަރެން ކުޑައިރު އެ ޒަމާން ދުށީމެވެ—ލައުޑްސްޕީކަރަކާ ނުލައިވެސް، އެއް ކިލޯމީޓަރަށްވުރެ ދުރުން ފެށިގެން ތިން ކިލޯމީޓަރުގެ ދުރުމިނުން އަހަރެމެންނަށް ބަންގީގެ އަޑު އިވެއެވެ. އެ ޒަމާނުގައިވެސް ކާރުތައް ހުއްޓެވެ، ނަމަވެސް މާ މަދެވެ. އަދި ރޭގަނޑު އެއްވެސް ވަރަކަށް ދަތުރެއް ނުކުރެއެވެ. ފަތިސްގަޑީގައި އެއްވެސް ކާރެއްގެ އަޑެއް ނީވޭނެއެވެ. މީހުން ފަތިސްގަޑީގައި ބޭރަށް ނިކުމެ ނޫޅެއެވެ. އެހެންކަމުން ދުރުން ބަންގީގެ އަޑު އިވެއެވެ. އަހަރެމެންނަށް ޝައިޚް ޞާލިޙް ފަދަ ބޭކަލުންގެ ބަންގީގެ އަޑު ހަތަރު ކިލޯމީޓަރު ނުވަތަ ފަސް ކިލޯމީޓަރު ދުރުންވެސް އިވެއެވެ. އަހަރެމެންނަށް އެ އަޑު އިވެއެވެ.

=

Читать полностью…

Galandān ގަލަންދާނު

/channel/galandaan/466

Читать полностью…

Galandān ގަލަންދާނު

❤️
މިއިންފޯގުރެފިކް (ފޮޓޯ) މިވަނީ އަދާއިހަމަ ކުރެވިފައި.

Читать полностью…
Subscribe to a channel