📌 އެންޑްރޮއިޑް އެޕް: ބަކުރުބޭގެ ތަރުޖަމާ
(ކޮޕީ ކޮށް އަދި ސާރޗް ކުރެވޭ ގޮތަށް)
🔻🔻
https://play.google.com/store/apps/details?id=com.ahsam.bakurubey_tharujama
•••
❞ ޤުރުއާން އަކީ ﷲ ގެެ ކަލާމްފުޅު ކަމާއި މަޚްލޫޤެއް ނޫން ކަަމާއި މިއީ ސާފު ބަޔާންވެގެންވާ މަސްއަލަތަކުގެ ތެރެއިންވާ މަސްއަލައެއް ކަމުގައި، ސަލަފުން އިޖުމާޢު ވެލެއްވިއެވެ. އަދި ޤުރުއާނަކީ މަޚްލޫޤެއް ކަމުގެ މައުޟޫޢު ތެރެއަށް އިތުރު ޞަޙާބީން ވަދެވަޑައިނުގަންނަވައެވެ. އެހެނީ ޤުރުއާނަކީ، ﷲ ގެ ކަލާމް ފުޅެވެ. އަދި އެއިލާހުގެ ކަލާމް އަކީ އެއިލާހުގެ ޞިފަފުޅު ތަކުގެ ތެރެއިން ޞިފައެކެވެ.⁽¹⁾ އަދި އެއިލާހުގެ ޞިފަފުޅުތަކަކީ އެއިލާހުއާއި ވަކިވެފައިވާ އެއްޗެއް ނޫނެވެ. އަދި ވަކިން ޚަލްޤުކުރެވިފައިވާ ޚަލްޤެއްވެސް ނޫނެވެ. ❝
— އައްރާޒީންގެ ދެ އިމާމުން ގެ ޢަޤީދާ "ސުންނަތުގެ އަޞްލާއި ދީނުގެ އިޢްތިޤާދު" — މީގެ އައްޠަރީފިއްޔަ ޝަރަޙަ "އަލްޚުރާސާނިއްޔާ" އިން (ބަސްކޮޅު)
~ ގަލަންދާނު
------------------
[1] ﷲ ގެ ކަލާމް : އެބަހީ ﷲ ގެ ވަޙީ ކުރެއްވުމެވެ. އަދި ޖިބްރީލް عليه السلام އެ އަޑުއައްސަވައި އަހަރެމެންނަށް، ނަބިއްޔު ﷺ އެ ނަޤުލުކުރެއްވެވި ވަޙީ އެެވެ. ހަމަ އެފަދައިން ޖިބްރީލް عليه السلام އެއިލާހުގެ ޙަޟުރަތުން އަޑުއެއްސެވި އެއިލާހުގެ އަޑުފުޅެވެ. މިއެންމެހާ އެއްޗަކީ ﷲ ގެ ކަލާމް އެެވެ. އެއިން އެއްވެސް އެއްޗެއް އެއިލާހު ޚަލްޤެއް ނުކުރައްވައެވެ. ލިޔެވިފައިވާ ގޮތުގައި ނޫނީ ކިޔެވޭގޮތުގައި ނޫނީ އަޑުއިއްވޭ ގޮތުގައި އެވިޔަސް އެވެ. މިއާ ޚިލާފަށް އެކަމުގައިވާ އަޅުތަކުންގެ ޢަމަލުތައް: އެކަމުގައި އޭނާއަކީ ﷲ ގެ ކަލާމް ފުޅު އުފުލާ ކަންވާރެއް ގޮތުގައި ވާ ކަންކަމަކީ، ޚަލްޤުކުރެވިފައިވާ ކަންކަމެވެ. ވީމާ އޭނާ ފޮތުގައި އެކަލާމްފުޅު ލިޔާ ލިޔުމާއި، އޭނާ އެކަލާމްފުލު ކިޔަވާ ކިޔެވުމާއި، އޭނާ އެކަލާމްފުޅު އިއްވައިދޭ އިއްވުމާއި — އަޅެއް ފަރާތުންވާ އެންމެހާ ކަމަކާއި ޢަމަލަކީ — އެއީ ޚަލްޤު ކުރެވިފައިވާ ކަންކަމެވެ. ވީމާ އޭނާގެ އަތަކީ މަޚްލޫޤެކެވެ. އޭނާ އެއަކުން ލިޔަން ބޭނުންކުރާ ދެއްޔަކީ މަޚްލޫޤެކެވެ. އެޔެއްގައި އޭނާ ލިޔާ ކަރުދާހަކީ މަޚުލޫޤެކެވެ. އޭނާގެ ދުލަކީ މަޚުލޫޤެކެވެ. އޭނާއަށް ލިބިގެންވާ އަމިއްލަ އަޑަކީ މަޚްލޫޤެކެވެ. މިއެންމެހާ އެއްޗަކީ ﷲ ގެ ކަލާމް ފުޅު އުފުލުމަށް އަދި ނަޤުލުކޮށް ފޯރުކޮށްދިނުމަށް އަޅުތަކުން ބޭނުންކުރާ އާލާތްތެކެވެ. (އިތުރު ތަފްޞީލު)
①
[حكم مقاتلة الخوارج ابتداء بعد إقامة الحجة بمراسلتهم]
[މުރާސިލުންް ފޮނުވައި ޙުއްޖަތް ޤާއިމު ކުރުމަށްފަހު، ޚަވާރިޖުންނާއި އިސްވެ ހަނގުރާމަ ކުރުމުގެ ޙުކުމް]
🔻🔻
[ޒާދުލް މުސްތަޤްނިޢު ގެ މުޞައްނިފް ވިދާޅުވިއެވެ] ”...ވީމާ އޭނާ (އިމާމް މީހާ) ⁽¹⁾ މައްޗަށް އެެހިނދު ވާޖިބުވަނީ އެވެރިން ގާތަށް ދެކޮޅުވެރިވެގެން އުޅޭކަންތަކާއިމެދު އަހައިއޮޅުން ފިލުވުމަށް ބަޔަކު ފޮނުވުމެވެ. އަދި އެވެރިންނަށް ބޭއިންސާފެއް ވެވިފައި ވާކަމަށް ބުނެއްޖެނަމަ، އެކަން ފިލުވުމެވެ. އަދި އޮޅުމެއް ތެރޭ ވާނަމަ، އެކަން ސާފުކޮށްދިނުމެވެ. އެވެރިން ދެން އެކަމުން ފަހަތަށް ފިޔަވަޅު އަޅައިފިނަމަ ދޫކުޅައުމެވެ. އެހެން ނޫން ނަމަ، އެވެރިންނާއި ހަނގުރާމަ ކުރުމެވެ.“
އައްޝަންޤީޠީ ވިދާޅުވިއެވެ:
<އެހެން ނޫން ނަމަ، އެވެރިންނާއި ހަނގުރާމަ ކުރުމޭ>
އެބަހީ: އެވެރިންނާއި ހަަނގުރާމަކުރުން ވާޖިބެވެ. އެބަހީ: އެވެރިންނާއި ހަަނގުރާމަ ކުރުން އޭނާ [އިމާމް މީހާ] މައްޗަށް ވާޖިބެވެ. މިއީ ސަލަފުންނާއި ޚަލަފުންގެ ތެރެއިން ޖުމްހޫރު ބައިގަނޑުގެ ޤަޥްލެވެ. އެހެނީ ﷲ تعالى ވަޙީކުރެއްވިއެވެ: {فَقَاتِلُوا الَّتِي تَبْغِي} [الحجرات:9] (ވީމާ ބަޣާވާތްތެރިވި ބައިގަނޑާއި ތިޔަބައިމީހުން ހަނގުރާމަކުރާށެވެ!) ވީމާ އެކަމުގެ މައްޗަށް އަމުރުން، ﷲ އެކަން ވާޖިބު ކުރެއްވިއެވެ. އަދި ޢަލީ رضي الله عنه ޚަވާރިޖުންނާއި ހަނގުރާމަ ކުރެއްވީތީއެވެ. އަދި ޙަވާރިޖުންނާއި ހަނގުރާމަ ކުރުމީ، މުސްލިމުންގެ ޖަމާޢަތުގެ މައްޗަށް ޝަރުޢުވެގެންވާ ކަމެއް ގޮތުގައި ސަލަފުންގެ އިމާމުން رحمهم الله ވަނީ އިޖުމާޢު ވެލައްވާފަވެ. އެވެރިންގެެ މައްޗަށް ޙުއްޖަތް ޤާއިމު ކުރުމަށް ފަހު ނުއެނބުރިއްޖެނަމަ، އަމުރު ހަވާލުވެފައިވާ ވެރިޔާއަށް ނޫނީ (މުސްލިމުންގެ) އިމާމުގެ މައްޗަށް ވަނީ އެވެރިންނާއި ހަނގުރާމަ ކުރުން ކަމުގައެވެ.
ޢިލްމުވެރިން رحمهم الله ޚިލާފުވެލެއްވީ އެވެރިންނާއި ހަނގުރާމަ ކުރާނޭ ގޮތާއި މެދުގައެވެ. އެއީ ދެރައުޔަކަށެވެ: ވީމާ ޢިލްމުވެރިން ތެރެއިން ބައިގަނޑެއް ވިދާޅުވަނީ: އެވެރިންނާއި ހަނގުރާމަ ކުރުންވަނީ ތަދައްރުޖް ކޮށް ކަމެވެ. (އެބަހީ: މަޑުމަޑުން ގަދަކުރާ ގޮތަށެވެ.) އެހެންކަމުން އެންމެ ލުއިގޮތެއް ބެލުމެވެ. ދެން (އެވަރުން ނުވެއްޖެނަމަ) އެއަށް ވުރެ ވަރުގަދަ ގޮތެކެވެ. އެއީ އެވެރިން ފަހަށްޖެހެން ދެންނެވެ. ނުވެއްޖެނަމަ ބާރު ގަދަ ކުރަމުން ގޮސް އެވެރިންގެ ބާރު ކަނޑުވައިލެވެން ދެނެވެ. މޫތައް ލުހެލެވެންް ދެެނެވެ. އެވެރިންގެ ބުޑު މުސްލިމުންގެ ތެރެއިން ނެއްޓެވުމާއި ހަމައަށެވެ.
އަދި ޢިލްމުވެރިން ތެރެއިން (އަނެއް) ބަޔަކު ވިދާޅުވަނީ: ގަދަބާރާއި މަރުއެތިފަހަރާއި އެކު ފެށުން ހުއްދަ ކަމަށެވެ.
ފުރަތަމަ ބުނުމަކީ ޝާފިޢީންނާއި ޙަންބަލީންގެ މަޛުހަބެވެ. އެއީ އެކަން އެދެވިގެންވަނީ ތަދައްރުޖް ކޮށް ކަމެވެ.
ދެވަނަ ބުނުމަކީ، ޙަނަފީންނާއި މާލިކީންގެ އެވެ.
----------------
[1] އަލްބުހޫތީ "ޒާދުލް މުސްތަޤްނިޢު" ގެ ޝަރަޙާ ގައި، މިނުކުތާގައި ވިދާޅުވިއެވެ: ”އަދި އިމާމެއް އައްޔަން ކުރުމީ ⌝ކިފާޔަތުގެ⌜ ފަރުޟެކެވެ. އަދި އެމަޤާމު ޒިންމާކުރެވިފައިވާ މީހާ މިކަން ކުރުމަށް (ބާޣީންނާއި ހަނގުރާމަ ކުރުމަށް) މަޖުބޫރުކުރެވޭނެއެވެ. އަދި އޭނާ [އެބަހީ: އިސްވެ ޢައްޔަން ކުރެވޭ މުސްލިމުންގެ އިމާމް] ގެ ޝަރުޠު ތަކީ: އެއީ މިނިވަނެއް ކަމުގައި ވުމެވެ. ފިރިހެނެއް ކަމުގައި ވުމެވެ. ޢަދުލުވެރިއެއް ކަމުގައި ވުމެވެ. ⌝ނަޞަބުގައި⌜ ޤުރަޝީ އަކަށް ވުމެވެ. [އޭނާގެ މަސްއޫލިއްޔަތު އަދި ހެވަށް އަމަުރުކޮށް މުންކަރާތް ނަހީ ކުރުމުގެ މިންވަރަށް] ޢިލްމުވެރި އެއް ކަަމަށް ވުމެވެ. [ހަނގުރާމައިގެ ކަންތަކާ ސިޔާސަތްތައް ނަގަހައްޓައި ހައްދު ޤާއިމުކޮށް، އުއްމަތް ދިފާޢުކުރުމުގައި އިސްވެ އަދާ ކުރާ މަސްއޫލިއްޔަތު] ފުއްދައިދޭ މީހަކަށް ވުމެވެ. [މިކަންކަން ފަނޑުވުން މަނައު ކޮށް އެގޮތުގައި] ދެމިހުންނަ މީހެއް ކަމުގައި ވުމެވެ.“ — اهـ. (ނޯޓް: ހަތަރެސްކަން ބުރެކެޓުގައިވަނީ އަލްބުހޫތީ ގެ ޝަރަޙައަށް ޢަބްދުއް ރަޙްމާން ބުނު ޤާސިމް ލިޔުއްވި ޙާޝިޔާއިން ނެގެވުނު މާނަތަކެވެ.)
📌 ނޯޓް: ފިޠުރު ޢީދުގައި ވެސް ތަކްބީރު ކިޔުން ވެއެވެ. އެހެނަސް އެއީ ފިޠުރު ޢީދު ވިލޭރެއިން ފެށިގެން ޢީދު ޚުޠުބާގެ ނިޔަލަށެވެ.
Читать полностью…🔻 މިއީ ބޮޑުވެގެންވާ ނިޢުމަތަކަށް ވެވޭ ޝުކުރެކެވެ.
އީމާން ކަން ބަލިކަށި ބައެއް މީހުން، ޢީދުގައި އުފާ ކުރަނީ ރަމަޟާން މަސް ނިމި އޭގައި ކުރެވޭ އަޅުކަން އަވަދިވީތީއެވެ. އެއީ އެއަކީ އެވެރިން ބުރަކަށިމައްޗަށް ލެވުނު ބުރައެއް ފަދައިންނެވެ. މިބައިމީހުން ވަނީ ބޮޑުވެގެންވާ ނުރައްކަލެއްގެ ތެރޭގައެވެ. ފަހެ މުއުމިނުތަކުން ޢީދުގައި އުފައު ކުރަނީ، ﷲ تعالى އެވެރިންނަށް އެމަސް ފުރިހަމަ ކުރުމުގެ ތައުފީޤު ދެއްވީތީއެވެ. އަދި ރޯދަތައް ފުރިހަމަ ކުރެވުނީތީއެވެ. އެހެންކަމުން ﷲ އަށް މި ނިޢްމަތަށްޓަކައި ޝުކުރުވެރި ވެއެވެ.
— އައްތަޛްކިރާ
~ ގަލަންދާނު
🔻 ޢީދުގެ މަޤުޞަދު ތަކުގެ ތެރޭގައިވާ އެކައްޗަކީ، ނިކަމެތީންނާއި ބަލިކަށީން މަތީން ހަނދުމަކުރުމެވެ. އަދި ފަޤީރުންނާއި ޟަރޫރަތްތަކަށް ބޭނުން ޖެހިފައިވާ މީހުންނަށް ފަސޭހަކޮށް ދިނުމެވެ. އަދި އެދުވަހުގައި ސަލާން ޖަހަން ނުޖެހޭވަރަށް، އެވެރިން މުއްސަނދި ކޮށް ދިނުމެވެ. އެއީ ކޮންމެ ގެއެއްވެސް އޭގެ އުފާ ގައި ޝާމިލު ކުރުވުމަށެވެ. އަދި ކޮންމެ ޢާއިލާއަކަށް ވެސް އެ އުފާ ފޯރުކޮށްދިނުމެވެ. އަދި އުޟްޙިޔާ އާއި ފިޠުރު ޒަކާތް ޝަރުޢުވެވުނީ މިސަބަބަށްޓަކައެވެ.
— އައްތަޛްކިރާ
~ ގަލަންދާނު
➎ « ފިތުރު ޒަކާތް ލިބުން ޙައްޤުވާ މީހުންނަކީ ކޮބާ؟ »
—މިއީ ގަލަންދާން "ފިޠުރު ޒަކާތުގެ ފިޤުހު" ލިޔުމުގެ އޯޑިއޯ އެކެވެ. އޯޑިއޯ ޝާއިޢު ކުރެއްވީ "ހިދާޔަތް ރޭޑިއޯ" އިންނެވެ.
➌ « ފިތުރު ޒަކާތް އަމިއްލަޔަށް ބެހުން މޮޅުއިތުރެވެ. »
—މިއީ ގަލަންދާން "ފިޠުރު ޒަކާތުގެ ފިޤުހު" ލިޔުމުގެ އޯޑިއޯ އެކެވެ. އޯޑިއޯ ޝާއިޢު ކުރެއްވީ "ހިދާޔަތް ރޭޑިއޯ" އިންނެވެ.
➊ « ފިތުރު ޒަކާތް ކިހާ ދުވަހެއް ކުރިން ނެރެވިދާނެބާ؟ »
—މިއީ ގަލަންދާން "ފިޠުރު ޒަކާތުގެ ފިޤުހު" ލިޔުމުގެ އޯޑިއޯ އެކެވެ. އޯޑިއޯ ޝާއިޢު ކުރެއްވީ "ހިދާޔަތް ރޭޑިއޯ" އިންނެވެ.
❸
އަލް-ޢުލްވާން ނަޤުދު ފައިސާއިން ޒަކާތް ދިނުން ހުއްދަކަމަށް ފަތުވާދެއްވައި، އޭގެ ޚުލާޞާގެ ތެރޭގައި ވިދާޅުވިއެވެ:
"ހ. ނަބިއްޔާ ﷺ އަރިހުން، އަދި އެއްވެސް ޞަޙާބީ އެއްގެ އަރިހުން، އެއަށްވާ އަގު ދެއްކުން ޙަރާމްކޮށް އެއްވެސް އެއްޗެއް ޘާބިތެއް ނޫނެވެ.
ށ. ވަކިވައްތަރެއްގެ ތަކެތި ނަންގަނެވިފައިވާ ޙަދީޘް ތައް، އެއާއި އެއްފަދަ ތަކެތި ޙަރާމް ވާނޭ ކަމަކަށް ދޭހަނުވެއެވެ. މިއަށް ދަލީލަކީ، ޞަޙާބީން _رضي الله عنهم_ ގޮދަން ނެރުން ހުއްދަ ކުރެއްވިއެވެ. އަދި މިއީ ނައްޞުން އައިސްފައި ނުވާ އެއްޗެކެވެ. އެއީ ހިމަ ގޮދަނާއި، ކަދުރާއި މިފަދަ ޞައްޙަ ޙަދީޘް އިން އައިސްފައިވާ ތަކެއްޗާއި ޚިލާފަށެވެ.
ނ. ޞަޙާބީން ގެ ތެރެއިން އެތައް ބޭކަލެއް، އަދި ކިޔެއް؟ މުޢާވިޔާގެ ދައުރުގެ ވީ އެބޭކަލުންގެ ގިނަ ބޭކަލުން، ކަދުރު ގެ ޞާޢު އެއްގެ ބަދަލުގައި ޝާމް ގެ ސުމްރާއު (ބުރައުން ގޮދަން) ގެ 1/2 ޞާޢު ނެރުން ހުއްދަކުރެއްވިއެވެ. އަދި މިއީ ކަދުރު ނޫނީ ހިމަ ގޮދަން އަދި މިފަދަ ތަކެތިއާއި (އަގުކުރުމުގައި) އޭގެ ބައި ޞާޢު އެއްހަމަ ކަމަށް އެބޭކަލުން ދެކިލެއްވިކަމަށް ދަލީލެކެވެ." (އެބަހީ، ކަދުރު ޞާޢު އެއް ނެރުމުގެ ބަދަލުގައި އެޔާއި އަގުގެ ގޮތުން އެއްހަމަ ވާނޭ އެހެން އެއްޗެއް ނެރުމެވެ. ނުވަތަ އޭގެ އަގަށް ބަލައިގެން ޒަކާތްނެރުމެވެ. އަދި ހަނަފީންގެ ރައުޔަކީ މިއީއެވެ. އެހެންކަމުން އެއަށް އެއްހަމަވާ ފައިސާ ނެރުން ހުއްދައެވެ.)
ޝެއިޚް އަބޫ ޢަލީ އަލް ޙަސަނީ ވިދާޅުވިއެވެ:
"ނަބިއްޔާ ﷺ އެ ނެރުއްވީ ކާތަކެތިންނެވެ. އަދި އަޞްލަކީ މިއީއެވެ. އަދި ބައެއް ޞަޙާބީން މާލުން (އެބަހީ ކާތަކެއްޗަށް އަގުކުރެވޭ އެއްޗެއް ނޫނީ ދިރުހަމުން) ނެރުއްވިއެވެ. އަދި ތާބިޢީން މާލުން ނެރުމުގެ ޖާއިޒުކަމަށް އިޖުމާޢުވެލެއްވިއެވެ. އަދި ޞަޙާބީންނާއި ތާބިޢީންގެ ފަހުމުގެ މަތީ ދަލީލުތައް ދެނެގަނެވި އޭގެ މައްޗަށް މީސްތަކުން ޢަމަލުކުރުން ވެއެވެ. އަދި މިމައްސަލައަކީ ލުއި މައްސަލައެކެވެ. އެހެންކަމުން ޚިލާފުވާ މީހާގެ މައްޗަށް ޢައިބު ކިޔުމެއް ނުވެއެވެ."
އަހަރެން ބުނަމެވެ: އެހެންކަމުން މިބަޔާން ވެވުނު ދަލީލުތަކުގެ މައްޗަށް މިކަމުގެ އަޞްލަކީ ހުއްދައެވެ. ވީމާ މިކަމުގައި ޙާއްޖަތެއް ނޫނީ މަޞްލަޙަތެއް އެކުލެވޭނަމަ އަދި ކޮބައިހެއްޔެވެ؟ އަދި މިއާއި އެކުވެސް ބުނަމެވެ: އައުލާކަން ބޮޑީ ކާތަކެތިން ނެރުމެވެ. މިކަމުގައި ޝައްކެތްނެތެވެ.
~ ގަލަންދާނު
➊
📚 ޚުލާޞާ: ފައިސާއިން ފިޠިރު ޒަކާތް ނެރުން
އައްސަރްޚަސީ ވިދާޅުވިއެވެ:
"އަހަރެމެންގެ މަޛުހަބުގައި (އެބަހީ ޙަނަފީ މަޛުހަބުގައި) ގޮދަމުގެ އަގަށް ފައިސާ ދިނުން ހުއްދައެވެ. އެހެނީ މިކަމުގެ މިންގަނޑަކީ މީސްތަކުންގެ ޙާޖަތްތައް ފުއްދުން ކަމުގައި ވުމުންނެވެ. އަދި މިކަން، ފިޠުރު ޒަކާތް ފައިސާ އިން ދިނަސް އަދި ގޮދަމުން ދިނަސް ޙާޞިލްވެއެވެ. އެހެނަސް އައްޝާފިޢީ މިކަން ހުއްދަ ނޫން ކަމަށް ދެކިލައްވައެވެ. މި (ފިޠުރު ޒަކާތް ތަކެތިން ނޫނީ އެއަށް އަގުކުރެވޭ ފައިސާއިން ނެރުމުގެ މައްޗަށްވާ) އިޚްތިލާފު ބިނާވެގެންވަނީ ދަނޑުގޮވާމަށް ޒަކާތް ނެރުމުގެ (އެބަހީ މުދަލު ޒަކާތުގެ) މައްޗަށެވެ. (އެބަހީ މުދަލު ޒަކާތް ފައިސާއަށް ވާ މިންވަރުން ދެއްކޭނެތޯ ނުވަތަ ނޫންތޯ އާއިމެދު އޮންނަ އިޚްތިލާފުގެ މައްޗަށެވެ.)
އަބޫ ބަކްރު އަލް-އަޢްމަޝް ވިދާޅުވަނީ: "އެއަށް އަގުކުރެވޭ ފައިސާއަށް ވުރެ (ފިޠުރު ޒަކާތް ދިނުން) މޮޅު އިތުރީ ގޮދަމުން ދިނުމެވެ. އެހެނީ މިކަން ނަބިއްޔާ ﷺ ގެ ޙަދީޘްފުޅުގެ ބޭރުފުށަށް ދޭހަވާ މާނައާއި އެއްގޮތްވެގެން ވެއެވެ. އަދި ޢިލްމުވެރިންގެ އިޚްތިލާފުން ސަލާމަތްވެ، އެހެންކަމުން، ދީނީ ގޮތުން ރައްކާތެރިކަން ބޮޑެވެ." (މިއާ ޚިލާފަށް) އަބޫ ޖަޢްފަރު ވިދާޅުވަނީ: "އަގު ކުރެވޭ މިންވަރު ދިނުން މޮޅުއިތުރެވެ. އެހެނީ މިކަމުގައި ފަގީރުންނަށް މަންފާކުރުން މާގާތެވެ. އެވެރިންނަށް ބޭނުންޖެހިފައިވާ ޙާޖަތްތައް ވަަޤުތުން ގަނެވެއެވެ."
ނަބިއްޔާ ﷺ ގެ ޒަމާނުގައި، ގޮދަމާއި ހިމަ ގޮދަން ކަނޑައަޅުއް ވާފައިވާ ސަބަބަކީ، އެއަކީ އޭރު (ފައިސާ ފަދައިން) ގަނެވިއްކުމަށް (ބާޓާއަށް) ބޭނުން ކުރެވުނު ތަކެއްޗެވެ. އެހެނަސް މިތާގައި (މިހާރު)، ގަނެވިއްކުމުގެ އަސާސީ އެއްޗަކީ ނަޤުދު ފައިސާއެވެ. އެހެންކަމުން ފިޠުރު ޒަކާތް ފައިސާއިން ދިނުން އެދެވިގެން ވެއެވެ."(1)
އައްޘަޥްރީ އާއި އިސްޙާޤް އިބްނު ރާޙަވައިހް އަދި އަބުއް ޘަޥްރު ވެސް މިރައުޔު ނެންގެވިއެވެ. އެބަހީ ފައިސާއިން ދެއްކުމުގެ ހުއްދައިގެ މައްޗަށެވެ. އެހެނަސް އައްނަވަވީ "މަޖްމޫޢު ޝަރަޙް އަލް-މަޛްޙަބް" (ޖުޒުޢު 6 ޞ. 112) ގައި ބަޔާން ކުރައްވާފައިވާ ފަދައިން، މިބޭކަލުން މިކަން ޙުއްދަކުރެއްވީ ޟަރޫރަތުގެ ޙަލަތުގައެވެ.
ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ގެ ރައުޔަކީވެސް ޟަރޫރަތުގެ މައްޗަށް އަދި މީސްތަކުންގެ ޢާންމު މަޞްލަޙަތުގެ މައްޗަށް އެކަން ހުއްދަކަމުގައެވެ. ވިދާޅުވިއެވެ:
"ދެންފަހެ، މުދަލަށްވާ އަގު، ޒަކާތާއި، ކައްފާރާ އަދި މިފަދަ ކަންކަމުގައި، މާލިކު އާއި އައްޝާފިޢީގެ މަޛްހަބުގައި އެނގި ބަޔާންވެފައި ވާގޮތުން (މިކަން) ޖާއިޒެއް ނޫނެވެ. އަދި އަބޫ ޙަނީފާގެ އަރިހު ޙުއްދައެވެ. އަދި އަޙްމަދު رحمه الله ބައެއް ތަންތާގައި އަގުކުރުން މަނައު ކުރައްވާފައިވެއެވެ. އަދި އަނެއްބައި ތަންތަނުގައި ހުއްދަ ކުރައްވާފައިވެއެވެ. އަދި އެކަލޭގެފާނުގެ ދަރިވަރުން ތެރެއިން އެ ނައްޞާއި އެއްބަސްވެލެއްވި ބޭކަލުން ވިއެވެ. އަދި މިއިން ފާޅުވަނީ: ޙާއްޖަތެއް އަދި މަޞްލަޙަތެއް ނުވޭމެ، އަގަށްވާ ފައިސާ ނެގުން އެކަލޭގެފާފާނު އަރިހުން މަނައުކަމެވެ..." އިތުރަށް މިހެން ވިދާޅުވުމާއި ހަމައަށެވެ: "...ދެންފަހެ ޙާއްޖަތަކަށްޓަކައި، ނުވަތަ މަޞްލަޙަތަކަށް ނޫނީ ހަމަހަމަކުރުމަށްޓަކައި، އެޔަށްވާ ފައިސާ ނެރުން، މިކަމުގައި މައްސަލައެއް ނެތެވެ."(2)
އަދިވެސް ވިދާޅުވިއެވެ: "ދެންފަހެ އެޔަށްވާ ނަގުދު ފައިސާ ދިނުން، މިކަމުގައި (ޢިލްމުވެރިން) ދެބަސްވެފައިވެއެވެ. އެމުޅިއެއްކޮށް ޖާއިޒުހެއްޔެވެ؟ ނުވަތަ މުޅިއެއްކޮށް ޖާއިޒުވެގެން ނުވޭހެއްޔެވެ؟ ނުވަތަ ބައެއް ސިފަތަކުގައި ޙާއްޖަތަށްޓަކައި ނުވަތަ ޞައްޙަ މަޞްލަޙަތަކަށްޓަކައި ހުއްދަހެއްޔެވެ؟ - އަޙްމަދު އާއި އެނޫންބޭފުޅުންގެ މަޛުހަބުގައި ވަނީ ތިންވަނަ ބުނުމުގެ މައްޗަށެވެ. އަދި ރައުޔުތަކުގެ ތެރެއިން ޞައްޙަކަން ބޮޑީ މިރައުޔެވެ." އެބަހީ، ފަހުން ބުނެވުނު ގޮތެވެ.(3)
___________
(1) އަލްމަބްސޫތު (ޖުޒުޢު 3 ޞ. 107 - 108)
(2) މަޖްމޫޢު އަލްފަތާވާ (ޖުޒުޢު 25، ޞ. 82-83)
(3) މަޖްމޫޢު އަލްފަތާވާ (ޖުޒުޢު 25، ޞ 79)
▫️
ސުވާލު : ޤުރުއާން ޚަތިމް ކުރުމުގެ ދުޢާ ގެ ޙުކުމަކީ ކޮބައިތޯއެވެ؟
ޖަވާބު : ނަމާދުގައި ޤުރުއާން ޚަތިމް ވުމުގެ ދުޢާ ކިޔުން ނަބިއްޔު ﷺ އަރިހުން ފޯރާފައި ނުވެއެވެ. އަދި އަޞްޙާބު ބޭކަލުން ތެރެއިން އެއްވެސް ބޭކަލެއްގެ އަރިހުންވެސްމެއެވެ. އަދި ފަހެ އަޅުކަންތަކަކީ (توقيفية) ތަޥްޤީފިއްޔާ ތަކެއްޗެވެ. (އެބަހީ އަޅުކަން ޝަރުޢުވުން ވަނީ ހަމައެކަނި ޤުރުއާނާއި ސުންނަތުން ޘާބިތުވުމުންނެވެ.) އަދި ދީނަށް އައުކަންތައް ގެނައުމަކީ ޙަރާމް ވެގެންވާ ކަމެކެވެ. އަދި ޤުރުއާނުން ވާރިދުވެފައިނުވާ، ސުންނަތުން ޘާބިތުވެފައި ނުވާ، އިޖްމާޢެއް އަދި ޞައްޙަ ޤިޔާސަކުން އެ ޝަރުޢުވާކަމަށް ދަލީލުނެތް އަޅުކަމަކުން ﷲ އަށް އަޅުވެތިވާ މީހާ، އޭނާ އެވަނީ ދީނުގައި ބިދުޢަ ހަދައި އޭގައި ނުހިމެނޭ ކަމެއް ގެނެސްގަނެފައެވެ. އަދި ނަބިއްޔު ﷺ މިޙަދީޘް ފުޅުގައިވާ ގޮތުގެ މަތީން އޭނާގެ އެޢަމަލު ވަނީ (ޤަބޫލު ނުވެވި) ރައްދުކުރެވިގެންނެވެ: (من أحدث في أمرنا هذا ماليس منه فهو رد) ”އަހަރެމެންގެ މިކަމުގައި އޭގައި ނުވާ އެއްޗެއް ގެނެސްފި މީހެއް ފުށުން އެކަންތައް ވަނީ (ޤަބޫލުނުވެވި) ރައްދުވެވިގެނެނެވެ.“ މިއީ ޢާއިޝާ ގެ ޙަދީޘް ތަކުން متفق عليه ޙަދީޘެކެވެ. (އެބަހީ: އަލްބުޚާރީ އާއި މުސްލިމް)
ދެންފަހެ ނަމާދުން ބޭރުގައި ޤުރުޢާން ޚަތިމުވުމުގެ ދުޢާ، މިކަން ވަނީ އަނަސް އަރިހުން ފޯރާފައެވެ. އަދި އެކަލޭގެފާނުގެ އަރިހުން ޘާބިތެވެ. ރިވާކުރެއްވީ އައްދާރިމީ އާއި އެނޫން ބޭކަލުންނެވެ. އަދި އެކަލޭގެފާނު ނޫން އެހެން އަޞްޙާބު ބޭކަލެއްގެ އަރިހުން އެކަން ޞައްޙަވެފައި ނުވެއެވެ.
— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން | فوائد منتقاة
~ ގަލަންދާނު
📌 (ކާފަރެއް ކާފަރު ނުކުރާ މީހާގެ ކުފުރު — މި ޤަވާޢިދުގެ ދަށުން، ޠާޣޫތަށް ތަކުފީރު ނުކުރާ މީހުންގެ އެކިއެކި ޙާލަތްތައް)
— އައްޝައިޚް އަޙްމަދު ބުނު ޙަމޫދުލް ޚާލިދީ (ثبته الله)
ފޮތް ”الإيضاح والتبيين في حكم من شك أو توقف في كفر بعض الطواغيت والمرتدين“ ގެ ހަތަރުވަނަ ބާބު ގެ ތެރެއިން.
މިފޮތަށް އިސްބަސް ލިޔުއްވި: ފަޟީލަތުއް ޝެއިޚް ޢަލީ ބުނު ޚުޟައިރުލް ޚުޟައިރް (ثبته الله)
~ ގަލަންދާނު
②
އަދި ⌝ޝަރުޢީ⌜ އުޞޫލު އަދި ދަލީލުތަކަށް ބަލާއިރު ޙަޤީޤަތަކީ: ދަލީލުގެ މައްޗަށް ވަރުގަދައީ މާލިކީންނާއި ޙަނަފީންގެ ބުނުން ކަަމުގައެވެ. އެހެނީ އެވެރިން ބުނަނީ: ﷲ ވަނީ ހަނގުރާމަ ވާޖިބު ކުރައްވާފައި ކަމެވެ. އަދި ވަޙީކުރެއްވީ: {فَإِنْ بَغَتْ إِحْدَاهُمَا عَلَى الأُخْرَى فَقَاتِلُوا الَّتِي تَبْغِي} [الحجرات:9] (އޭގެތެރެއިން އެއްބަޔަކު އަނެއްބަޔަކަށް ބަޣާވާތް ކޮށްފިނަމަ، އެ ބަޣާވާތްތެރިވި ބައިގަނޑާއި ތިޔަބައިމީހުން ހަނގުރާމަކުރާށެވެ!) އަދި މިއަށް (މާއްދީ)ބާރު ލާޒިމުކުރެއެވެ. އަދި ޙުކުމަކީ އެއާއި އެއްފަދައިން ހަނގުރާމަކުރުން ކަމެވެ. ވީމާ އެވެރިންގެ މައްޗަށް އަރައިގަނެ، ހަނގުރާމަ ކުރުމެވެ. އެއީ މަަންޖަނީޤު (ބަރުހަތިޔާރު) ބޭނުން ކޮށްގެން ވިޔަސް އެވެ. އަދި އެވެރިން މައްޗަށް އަލިފާނުން އަމާޒުކޮށްގެން ވިޔަސް އެވެ. މިއީ އެވެރިން ތެރޭ އަންހެނުންނާއި ކުޑަކުދިން ނެތް ހައި ހިނދަކުއެވެ. އެއީ މިކަަމުގައިވާ ތަފްޞީލުގެ މަތީންނެވެ.
ބުނެވެއެވެ: މީގެ އަމާޒަކީ އެވެރިންގެ ބުޑު ލުހެލުމެވެ. އަދި އެކަމުގައި ނުބައި ފޮހެލެވުން ވެއެވެ. އަދި އެވެރިންގެ މަގުން ހިނގުމަށް އެދޭ އެހެން މީހުން ވެސް ޖެހިލުންކޮށް މަތަކުރުންވެސް އެވެ.
އަދި ފުރަތަމަ ޤަޥްލު، އޭގައި ވަނީ ރައްކައުތެރި ގޮތެވެ. އެހެނަސް ދަލީލުގެ މައްޗަށް، އިސްވެ އެވެރިންނާއި ހަނގުރާމަކުރުމަށް ބުނާ މީހުންގެ ބަސް ވަރުގަދައެވެ. އަދި ޢަލީ رضي الله عنه އެއުރެންނާއި ހަނގުރާމަ ކުރެއްވިއެވެ. އަދި އެކަލޭގެފާނު رضي الله عنه އެވެރިންނާއި ކުރެއްވި ހަނގުރާމަ އޭގެ ޒާތުގައި އެހެން ހަނގުރާމަ ތަކާއި އެއްގޮތެެވެ. އެހެނަސް (ތަފާތުވީ) ހަނގުރާމައިގެ ސަބަބުން ދެން ތަރުތީބުވާ ކަންކަމުގައެވެ. އެހެނީ އެނގިގެންވާފަދައިން ބާޣީންނާއި ކުރެވޭ ހަނގުރާމަ އަކީ ކާފަރުންނާއި ކުރެވޭ ހަނގުރާމަ އާއި އެއްކަހަލައެއް ނޫނެވެ. ވީމާ ހާނިކަ ވެފައިވާ މީހެއް ވެއްޓިފައިވާނަމަ، އޭނާ މަރާލުމެއް ނުވެއެވެ. އެހެނަސް ވަނީ ބޭސްކޮށް ފަރުވާ ދިނުމެވެ.
އަދި ޢަލީ رضي الله عنه އަށް އިބްނު މުލްޖިމް ވަޅީގެ ޙަމަލާ ދިނުމަށް ފަހުގައިވެސް އޭނާއަށް ފެންދީ ކާންދިނުމަށް ޢަލީ رضي الله عنه އަމުރު ކުރެއްވިކަންް ޘާބިތެެވެ. އަދި ވަގުތުން ވަގުތަށް އޭނާ ޤަތުލު ކުރުމަކަށްވެސް އެކަލޭގެފާނު رضي الله عنه އަމުރު ނުކުރައްވައެވެ. އަދި އަމުރު ކުރެއްވީ އޭނާއަށް އިޙުސާންތެރިވުމަށެވެ. ވީމާ އެވެރިން އަތުލައިގަނެވޭހިނދު، އެހެން މީހުންނާއި އެއްފަދައިން އެވެރިންނަށް ކަަންތައް ކުރުން ނުވެއެވެ. މިސަބަބަށްޓަކައި ޢަލީ رضي الله عنه ވިދާޅުވިއެވެ: ”އަހަރެމެންގެ އަޚުން އަހަރެމެންގެ މައްޗަށް ބަޣާވާތް ކުރިއެވެ.“ ވީމާ މިކަމުގައި އަޞްލަކީ އެވެރިންނާއި ހަނގުރާމަ ކުރުން ވަނީ އެވެރިންގެ ނުބައިން ދިފާޢުވުމަށްޓަކައި ކަމެވެ. ޟަރޫރަތަށްޓަކައި ފުދޭ މިންވަރު އެކަން ކުރުމެވެ. ވީމާ އެވެރިންނާއި ކުރެވޭ ހަނގުރާމައަކީ ޟަރޫރަތަށް ފުދޭވަރަށް، ޙާޖަތް ޖެހޭ ވަރަކުން އަދި ⌝ޙައްޤުނޫން މިންވަރަށް⌜ އިތުރުކުރުމެއް ނެތި އޮތް އެއްޗެކެެވެ. އަދި މިކަމުގެ ސަބަބުން ބުނެވެއެވެ: އެވެރިންގެ އަންހެންވެރިން އަޅުން ގޮތުގައި ނެގުން ނުވެއެވެ. އަދި އެވެރިންގެ ހާނިކަވެފައިވާ މީހުން ޤަތުލުކުރުމެއް ވެސް ނުވެއެވެ. އަދި އެވެރިންނަށް ވަނީ ޚާއްޞަ ޙުކުމް ތަކެކެވެ. ފަރުޢު ތަކާ ބެހޭޭ ފޮތްތަކުގައި އެކަންކަމުގެ ތަފްޞީލު ވެއެވެ.
އެހެނަސް ޝަރުޢީ ޙުކުމުގެ އަޞްލަށް ބަލާއިރު: އެވެރިންނާއި ހަނގުރާމަ ކުރުމާއި، އެވެރިން ފުށުން ގެއްލުން ފޯރުމުގެ ހީ ވަރުގަދަ ނަމަ، އިސްވެ ހަނގުރާމަ ކުރުން — ޝަރުޢުވެގެން ވެއެވެ.
އަދި ބައެއް ޝައިޚުން رحمة الله عليهم މިކަމުގައި އިޚްތިޔާރު ކުރެއްވީ ތަފްޞީލު ގެ މައްޗަށެވެ: އެއީ މިކަމުގެ މައްޗަށް އިމާމު މީހާ ނަޒަރު ހިންގުމެވެ. އެހެންކަމުން މަޞްލަޙަތުވަނީ ވަރުގަދަ ހަމަލާއަކުން ފެށުން ނަމަ އެގޮތެވެ. އަދި މަޞްލަޙަތު ވަނީ މަޑުމަޑުން ފަށައިގެން ކުރިޔަށް ދިޔުންނަމަ، ޙާޖަތްތަކާއި ޙާލަތުގެ މައްޗަށް މިގޮތަށް ޢަމަލުކުރުމުގައިވެސް ގޯހެއް ނެތްކަމެވެ. އަދި ⌝އެބޭކަލުން⌜ ދެކިލައްވަނީ މިއީ ދެޤަޥްލުން ކުރެ ބޮޑަށް ޢަދުލުވެރި ޞައްޙަގޮތާއި ގާތް ގޮތް ކަމެެވެ.“
— އައްޝެއިޚް މުޙައްމަދު އަލްމުޚްތާރު އައްޝަންޤީޠީ
(ޒާދުލް މުސްތަޤްނިޢު ގެ އޯޑިއޯ ޝަރަޙައިގެ ދެލި ކޮޕީއިން)
~ ގަލަންދާނު
އަލްއިމާމް އިބްނު ރަޖަބުލް ޙަންބަލީ ވިދާޅުވިއެވެ:
❞ ليس العيد لمن لبس الجديد
ޢީދުވަނީ އައު ހެދުން ލާ މީހަކަށް ނޫނެވެ.
إنما العيد لمن طاعاته تزيد
ހަމަކަށަވަރުން ޢީދުވަނީ، އެމީހެއްގެ ކިޔަމަންގަތުންންތައް އިތުރުވާ މީހަކަށެވެ.
ليس العيد لمن تجمَّل باللباس والركوب
ޢީދުވަނީ އެމީހެއްގެ ހެދުމާއި ސަވާރީ ޒީނަތްތެރިކޮށްފި މީހަކަށް ނޫނެވެ.
إنمـا العـيد لمن غفرت له الذنوب
ހަމަކަށަވަރުން ޢީދުވަނީ، އެމީހަކަށް އެމީހެއްގެ ފާފަތައް ފުއްސެވިއްޖެ މީހަކަށެވެ.
ޢީދު ވިލޭރޭ، ޚަލްޤުތަކުން (ނަރަކައިން) މިންޖުކުރެވެއެވެ. އަދި އަޅުވެރިޔާއަށް ފާފަ ފުއްސެވެއެވެ. ފަހެ އެއިން މިންވަރެއް ނަސީބުވެއްޖެ މީހާ ދަންނައެ، ޢީދު އެވަނީ އެމީހަކަށެވެ. އެނޫންނަމަ އެއީ ދުރަށް އެއްލާލެވިފައިިވާ މީހެކެވެ. ❝
— ލަޠާއިފުލް މަޢާރިފް (1/277)
~ ގަލަންދާނު
🔻
{...وَلِتُكَبِّرُوا۟ ٱللَّهَ عَلَىٰ مَا هَدَىٰكُمْ وَلَعَلَّكُمْ تَشْكُرُونَ}
[...އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް اللَّه އަށް ތަކްބީރު ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) ޝުކުރު ވެރި ވުމަށްޓަކައެވެ.]
الله أكبر.. الله أكبر.. الله أكبر
އިސްލާމް ކަމަށް އަހަރެމެންނަށް ހިދާޔަތް ދެއްވި اللّٰه އަށް ޙަމްދު ކުރަމެވެ. އަދި އެއިލާހަށް ކިޔަމަންގަތުމުގެ ނިޢުމަތް އަހަރެމެންނަށް ދެއްވީތީވެސް އެވެ. އެއިލާހުގެ ފަޟުލުވަންތަ ކަމާއި ދީލަތިވަންތަކަމަށް ޝުކުރުހުއްޓެވެ. އެއިލާހު ހަޒުރަތުން ރަޙްމަތާއި މަޣްފިރަތާއި ޤަބޫލަށް އެދި ދަންނަވަމެވެ.
تَقَبَّلَ اللَّهُ مِنَّا وَمِنْكُم صالح الأعمال. (އަހަރެމެންނާއި ތިބާ ފުށުން (އަދައުކުރި) ޞާލިޙު ޢަމަލުތައް، اللّٰه ޤަބޫލުކުރައްވާށިއެވެ.
ޙަދީޘް ޢިލްމުގެ އަމީރުލް މުއުމިނީން، ޝުޢުބަތު ބުނުލް ޙައްޖާޖު ވިދާޅުވި އެވެ: ޢީދު ދުވަހު ޔޫނުސް ބިން ޢުބައިދު އާއި ބައްދަލުވުމުން ވިދާޅުވިއެވެ: «تَقَبَّلَ اللَّهُ مِنَّا وَمِنْكَ» (އަހަރެމެންނާއި ތިބާގެ ފުށުން اللّٰه ޤަބޫލު ކުރައްވާ ށިއެވެ.) ❝
— އަލްމުޙައްދިޘް، އަބޫ ޞުޙައިބް، ޚާލިދުލް ޙާއިކު
~ ގަލަންދާނު
--------------------------
ނޯޓް: އައްޝެއިޚް، އަލްޙާފިޠު ޢަބްދު اللّٰه އައްސަޢްދު ވިދާޅުވިއެވެ: ”އަޞްޙާބު ބޭކަލުން އަރިހުން، ޢީދުގައި އެބޭކަލުން " تقبل الله منا ومنكم" މިހެން ވިދާޅުވާކަމަށް ވާރިދުވެފައިވެއެވެ.“
📌 ޢީދު މަރައި ނުލާށެވެ!
ހިތްދަތި މަދަހަ ތަކާއި ޢިބާރާތްތަކުން ޢީދުގެ އުފާވެރިކަން މަރައި ނުލާށެވެ. އަދި ހިތާމަވެރިކަން ގެނުވާ ޙާލަތްތަކަށް ގޮވުމުންވެސް މެއެވެ. އެހެނީ މި މާތްވެގެންވާ ޢީދުގައި އުފާ ފާޅުކޮށް ހިތްއުފާ ކުރުމަކީ ދީނުގެ ތެރެއިން ވާ ކަމެކެވެ.
ފަހެ ރަސޫލު ﷲ ﷺ ވީ މީސްތަކުންގެ ތެރެއިން އެބޭކަލަކަށް، އެބޭކަލެއްގެ އަހުލުންނާއި އަޞްޙާބުންނާއި އުއްމަތް އެންމެ ބޮޑަށް އިމްތިޙާނު ކުރެވުނު ބޭކަލަށެވެ. އަދި މިއާއި އެކުވެސް، ޢީދު ދުވަހު އެކަލޭގެފާނު އުޖާލާ ކަމާއި އުފާވެރިކަން ފާޅުކުރައްވައެވެ.
އަދި އެންމެ ހައިރާން ކުރުވަނިވި އެއްކަމަކީ، ބައެއް މީހުން ﷲ އެއަކަށް އަމުރެއް ދެއްވާފައިނުވާ މުސްލިމުން ނޫން މީހުންގެ މުނާސަބާތަކުގައި އުފާވެރިކަން ފާޅުކުރާކަމެވެ. ނުވަތަ ޢާއިލީ އަދި މިޒާތުގެ އުއްމަތާއި ނުގުޅޭ ކަންކަމުގައި އެބައިމީހުންގެ ރޫހުގެ ތާޒާކަން ދައްކައެވެ. އެހެނަސް އިސްލާމީ ޝަރީޢަތް އެއަކަށް ގޮވާލާ މުސްލިމުންގެ ޢީދެއް އައުމާއި އެކު، އެވެރިން މޯޅިވެއެވެ. އަދި މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކާއި އާފާތްތަކާއި ހިތާމަތަށް ހަނދުމަކުރާން ފަށައެވެ.
ولا حول ولا قوة إلا باللّٰه.
— އައްތަޛްކިރާ
~ ގަލަންދާނު
ޒަކާތާއި ބެހޭ ބައެއް ފިޤުހު
➊ (ހ) ފިޠުރު ޒަކާތުގެ މިންވަރަކީ ޞާޢު އެވެ. (ށ) އަދި އެއީ އެތަނެއްގެ ޢާންމު ކާނާއިންނެވެ. (ނ) އަދި އެކަމުގެ ވާޖިބުކަން ކޮންމެ މުސްލިމަކަށް ވެއެވެ. [ކިޔާލުމަށް]
➋ އަސީރުން ފިތުރު ޒަކާތް ނެރެން ޖެހުމާއި މެދު، ޚުލާސާ [ކިޔާލުމަށް]
➌ ފިޠުރު ޒަކާތް ދޭން ޖެހެނީ ކޮން ބަޔަކަށް؟ [ކިޔާލުމަށް]
➍ ޒަކާތް ދިނުން ވަނީ މުއުމިނުންނަށެވެ. [ކިޔާލުމަށް]
➎ ފިޠުރު ޒަކާތް ނެރުން ވަނީ އެމީހެއް ރޯދަމަސް ނިންމާ ބިމެއްގައެވެ. [ކިޔާލުމަށް]
➏ ފިޠުރު ޒަކާތް އަމިއްލަޔަށް ބެހުން މޮޅުއިތުރެވެ. [ކިޔާލުމަށް]
➐ ގާތްތިމާގެ މީހުންނަށް ޒަކާތް ހޭދަކުރުން [ކިޔާލުމަށް]
➑ މިކަމުގެ މައްޗަށް: ފައިދާއެއް [ކިޔާލުމަށް]
➒ ފިޠުރު ޒަކާތް ނެރުމަށް އެންމެ ފަހު ވަޤުތަކީ ކޮބާ؟ [ކިޔާލުމަށް]
➓ ފިޠުރު ޒަކާތް ކިހާ ދުވަހެއް ކުރިން ނެރެވިދާނެ ހެއްޔެވެ؟ [ކިޔާލުމަށް]
⓫ ޚުލާޞާ: ފައިސާއިން ފިޠިރު ޒަކާތް ނެރުން [ކިޔާލުމަށް]
⓬ ޞައްޙަ އާއި ބާޠިލާއި ދެމެދު: އެހެން މީހަކަށްޓަކައި ޒަކާތް ނެރެދިނުން [ކިޔާލުމަށް]
⓭ "ޞާޢު ޘާބިތެވެ. މިންވަރުގައި ޚިލާފެވެ. އަދި އަރައިރުން ވުމީ ޖަހާލަތެވެ." [ކިޔާލުމަށް]
~ ގަލަންދާނު
➍ « ފިތުރު ޒަކާތް ނަގުދު ފައިސާއިން ނެރެވިދާނެތޯ؟ »
—މިއީ ގަލަންދާން "ފިޠުރު ޒަކާތުގެ ފިޤުހު" ލިޔުމުގެ އޯޑިއޯ އެކެވެ. އޯޑިއޯ ޝާއިޢު ކުރެއްވީ "ހިދާޔަތް ރޭޑިއޯ" އިންނެވެ.
➋ « ފިތުރު ޒަކާތުގެ މިންވަރު، އަދި އެނެރުން ވާޖިބުވާ މީހުން »
—މިއީ ގަލަންދާން "ފިޠުރު ޒަކާތުގެ ފިޤުހު" ލިޔުމުގެ އޯޑިއޯ އެކެވެ. އޯޑިއޯ ޝާއިޢު ކުރެއްވީ "ހިދާޔަތް ރޭޑިއޯ" އިންނެވެ.
🔻
ދުނިޔޭގެ އެކިކަންކޮޅުތަކުގައި ޝަރުޢީ ހަމަތަކުން، ހަނދު ފެނިފައިވާ ކަމަށް އެއްވެސް ޘާބިތު ހެއްކެތް ހާމަނުވުމުގެ ސަބަބުން، މާދަމާ، 1 މޭ ވާ އާދިއްތަ ދުވަހު، ރަމަޟާން މަހުގައި 30 ދުވަސް ފުރިހަމަކޮށް، މިއަހަރުގެ ޝައްވާލު މަހުގެ 1 އަދި ފިޠުރު ޢީދު ދުވަހަކީ، 2 މޭ، ވާ ހޯމަ ދުވަސް ކަމުގައި ވަނީ އިޢުލާން ވެފައެވެ.
~ ގަލަންދާނު
➋
އަދި ތާބިޢީންގެ ތެރެއިން ބައިގަނޑެއްގެ އަރިހުން މިކަމުގެ މައްޗަށް ޝަރުޠެއް ލާޒިމު ނުކޮށް ހުއްދަ އައިސްފައިވެއެވެ:
ހ.
އަލްޙަސަން އަލްބަޞްރީ ވިދާޅުވިއެވެ: "ދިރުހަމުން ފިޠުރު ޒަކާތް ދިނުމުގައި މައްސަލައެއް ނެތެވެ."(4)
ށ.
ޒުހައިރް ބިން މުޢާވިޔާ ވިދާޅުވިއެވެ. އަބޫ އިސްޙާޤް (އައްސަބީޢީ) ވިދާޅުވާތީ އަހަރެން އަޑުއެހީމެވެ: "އަހަރެން އެވެރިންނާއި ބައްދަލުވިއެވެ. (އެބަހީ ކޫފާގައި ތިއްބެވި، ޞަޙާބީން އަދި ތާބިޢީންގެ އެންމެ ބޮޑެތި ބޭފުޅުން) އަދި އެވެރިން ރަމަޟާން މަހުގެ ޒަކާތް ގޮތުގައި އެއަށްވާ އަގުން ދިރުހަމް ނެރުއްވައެވެ." (އަލްޢުލްވާން، އައްޠަރީފީ އަދި އަލްޙަސަނީ މިރިވާޔަތް ޞައްޙަކުރެއްވި)
ނ.
ޤުއްރަތު ބުނު ޚާލިދް އައްސުދޫސީ ވިދާޅުވިއެވެ: "ފިޠުރު ޒަކާތާއި ބެހޭގޮތުން ޢުމަރު ބުނު ޢަބްދުލް ޢަޒީޒް ފޮނުއްވެވި ސިޓީ އަހަރެމެންނަށް އައެވެ. (އޭގައި ވިއެވެ) "ކޮންމެ އިންސާނަކަށް ބައި ޞާޢު އެވެ. ނޫނީ އެއާއި އެއްހަމަ ވެގެންވާ އަގު ބައި (ޞާޢު އަށް) ދިރުހަމެވެ." އަދި މިކަން ޘާބިތެވެ. އަދި އިބްނު ޢަޥްން ގެ އަރިހުން ޢުމަރު ބުނު ޢަބްދުލް ޢަޒީޒް ގެ އަރިހުން މިއަށް ތަބާވެއެވެ.
އަބޫ ޢަލީ އަލްޙަސަނީ ވިދާޅުވިއެވެ:
"މިއީ ޙަދީޘް އައުމުގެ އުޞޫލަށް ޖާހިލު މީހެއް މެނުވީ މި ބަލިކަށި ނުކުރާނޭ ޞައްޙަ ސަނަދެކެވެ. އަދި ޢުމަރު އަކީ އަމީރުލް މުއުމިނީން އެވެ. އަދި މިސިޓީ އަކީ ޝަހަރުތަކަށް ޢާންމު އެންގެވުމެކެވެ. އަދި އެޝަހަރު ތަކުގައި ޞަޙާބީން ވިއެވެ. ޢުމަރު އަކީ ތާބިޢީ ބޭފުޅެކެވެ. އަނަސް އާއި ޢުޤްބަތު ބުނު ޢާމިރުލް ޖުހަނީ އާއި ސަހްލު ބުނު ސަޢްދު އާއި ބައްދަލުވެވަޑައިގަތެވެ. އެބަހީ ނަބިއްޔާ ﷺ ގެ އަޞްޙާބުންނާއި ބައްދަލުވެވަޑައިގެންނެވިއެވެ. އެއީ ތާބިޢީ އެކެވެ. އަދި އާދައިގެ ތާބިޢީ އެއް ނޫނެވެ. އެހެނީ އެއީ އަމީރުލް މުއުމިނީން އެވެ. އަދި އެއްވެސް ޞަޙާބީއެއް (ޢުމަރު ބުނު ޢަބްދުލް ޢަޒީޒް ގެ) މިޢަމަލުފުޅަށް އިންކާރުކުރެއްވި ކަމެއް އެގެން ނެތެވެ."
މިއެންމެހާ ރިވާޔަތެއްވެސް ރިވާކުރައްވާފައިވަނީ އަބޫ ބަކުރު އިބްނު އަބީ ޝައިބާ އެކަލޭގެފާނުގެ "އަލް-މުޞައްނަފު" ގައެވެ.(5)
ފައިދާއެއް: އައްނަވަވީ އާއި އިބްނު ޙަޖަރު ފާހަގަ ކުރެއްވިގޮތުން މިއީ އަލްބުޚާރީގެ ވެސް ރައުޔެވެ. އިބްނު ރަޝީދު ވިދާޅުވިއެވެ: "އަލްބުޚާރީ މިމައްސަލައިގައި އެއްބަސް ވެލެއްވީ ޙަނަފީންނާއި އެވެ. އެއީ އެވެރިންނާއި ގިނަގުނަކޮށް (އެހެންކަންކަމުގައި) ޚިލާފުވުމާއި އެކުގައެވެ. އެހެނަސް މިނިންމެވުމަށް ވަޑައިގެންނެވީ ދަލީލުގެ މައްޗަށެވެ." (6)
____________
(4) އަބޫ ޢަލީ ޙަސަނީ ވިދާޅުވިއެވެ: މިއީ ޞައްޙަ އެކަލޭގެފާނު އަރިހުން ޘާބިތު ބަސްފުޅެކެވެ.
(5) އަލް-މުޞައްނަފު (ޖުޒުޢު 2 ޞ. 398)
(6) އިތުރަށް ބައްކަވާ
އިސްތިޣްފާރު އިތުރުކުރޭ!
”....މައިންބަފައިންނަށް ޓަކައި އިސްތިޣްފާރު ކުރުމަކީ ވަފާތެރި ވުމުގެ ތެރެއިންވާ ކަމެކެވެ. އަދި ﷲ ވަފާތެރިން ދެކެ ލޯބިވެ ވޮޑިގެންވެ އެވެ. އަދި ތިބާ މައިންބަފައިންނަށް ރަޙުމްކުރެއްވުމަށް އެދި ދުޢާ ކުރާނަމަ، މިއީ އަލް-ބިއްރު، އެބަހީ، ކިޔަމަންގަތުމުގެ ތެރެއިންވާ ކަމެކެވެ. އަދި އަލް-ބިއްރަކީ ޖަންނަތަށް މަގުދައްކާ އެއްޗެކެވެ.
އެހެންކަމުން މިރޭތަކުގައި ކުރެވޭ މަތިވެރި ކަންކަމުގެ ތެރޭގައި ތިބާގެ އަމިއްލަ ނަފުސަށާއި މައިންބަފައިންނަށް، އަދި މުސްލިމުތަކުންނަށް އިސްތިޣްފާރު ކުރުން ހިމެނެއެވެ. އެހެނީ (މުސްލިމުތަކުންގެ) މަރުވެފައިވާ މީހުންނާއި ދިރިތިބީންނަށް ތިބާ އިސްތިޣްފާރު ކުރަނީ ނަމަ ﷲ އެއިން ކޮންމެ މީހަކަށް ޙަސަނާ އެއް ތިބާއަށް ލައްވަވައެވެ. އެހެނީ ތިބާތީ މުޙްސިން ނެކެވެ. އަދި ތިބާގެ މުސްލިމު އަޚުންނަށް ތެދުވެރި މީހެކެވެ. ވީމާ އިސްތިޣްފާރު ގިނަގުނަ ކުރާށެވެ...“
— އަހަރެމެންގެ ލޮބުވެތި ޝައިޚް، އަލްމުޙައްދިޘް ޑރ. މާހިރް ޔާސީން އަލްފަޙްލު (حفظه الله) ގެ ރަމަޟާންގެ ފަހު ދިހައެއްގެ ވަޞިއްޔަތުގެތެރެއިން.
~ ގަލަންދާނު
ޒަކާތާއި ބެހޭ ބައެއް ފިޤުހު
➊ (ހ) ފިޠުރު ޒަކާތުގެ މިންވަރަކީ ޞާޢު އެވެ. (ށ) އަދި އެއީ އެތަނެއްގެ ޢާންމު ކާނާއިންނެވެ. (ނ) އަދި އެކަމުގެ ވާޖިބުކަން ކޮންމެ މުސްލިމަކަށް ވެއެވެ. [ކިޔާލުމަށް]
➋ އަސީރުން ފިތުރު ޒަކާތް ނެރެން ޖެހުމާއި މެދު، ޚުލާސާ [ކިޔާލުމަށް]
➌ ފިޠުރު ޒަކާތް ދޭން ޖެހެނީ ކޮން ބަޔަކަށް؟ [ކިޔާލުމަށް]
➍ ޒަކާތް ދިނުން ވަނީ މުއުމިނުންނަށެވެ. [ކިޔާލުމަށް]
➎ ފިޠުރު ޒަކާތް ނެރުން ވަނީ އެމީހެއް ރޯދަމަސް ނިންމާ ބިމެއްގައެވެ. [ކިޔާލުމަށް]
➏ ފިޠުރު ޒަކާތް އަމިއްލަޔަށް ބެހުން މޮޅުއިތުރެވެ. [ކިޔާލުމަށް]
➐ ގާތްތިމާގެ މީހުންނަށް ޒަކާތް ހޭދަކުރުން [ކިޔާލުމަށް]
➑ މިކަމުގެ މައްޗަށް: ފައިދާއެއް [ކިޔާލުމަށް]
➒ ފިޠުރު ޒަކާތް ނެރުމަށް އެންމެ ފަހު ވަޤުތަކީ ކޮބާ؟ [ކިޔާލުމަށް]
➓ ފިޠުރު ޒަކާތް ކިހާ ދުވަހެއް ކުރިން ނެރެވިދާނެ ހެއްޔެވެ؟ [ކިޔާލުމަށް]
⓫ ޚުލާޞާ: ފައިސާއިން ފިޠިރު ޒަކާތް ނެރުން [ކިޔާލުމަށް]
⓬ ޞައްޙަ އާއި ބާޠިލާއި ދެމެދު: އެހެން މީހަކަށްޓަކައި ޒަކާތް ނެރެދިނުން [ކިޔާލުމަށް]
⓭ "ޞާޢު ޘާބިތެވެ. މިންވަރުގައި ޚިލާފެވެ. އަދި އަރައިރުން ވުމީ ޖަހާލަތެވެ." [ކިޔާލުމަށް]
~ ގަލަންދާނު
•.
سَأقْبِلُ يَا خَالِقِي مِنْ جَدِيدٍ
އަނެއްކާވަސް އަޅު، އޭ އަޅާގެ ޚާލިޤެވެ! އިބަ އިލާހުގެ ގާތަށް އައިސްފީމެވެ.
كَمَا أَنْتَ مِنِّي إِلَهِي تُرِيدُ
އެ އީ އިބަ އިލާހު އަޅާގެ ކިބައިން އެދޭ ގޮތުގެ މަތީންނެވެ.
وَأَرْجُو إِذَا أَنْتَ تَقْبَلُنِي
އަޅާގެ އާދޭހީ، އިބަ އިލާހުގެ ޤަބޫލެވެ.
جِنَانُ الْخُلُودِ وَمِنْكَ الْمَزِيدُ
ދާއިމީ ޖަންނަތްތައް ދެއްވުމާއި އަދި މީގެ އިތުރުންވެސް އެވެ.
عَصَيْتُكَ رَبِّي فَأَمْهَلْتَنِي
އަޅާ އިބަ އިލާހަށް އުރެދިއްޖައީމެވެ. އެހެނަސް އިބަ އިލާހު އަޅާ އަށް ވަގުތުދެއްވަ އެވެ.
وَتَسْتُرْنِي رغْمَ أَنِّي عَنِيدٌ
އަދި އަޅާގެ ފާފަ ސިއްރުކުރައްވަ އެވެ. އަޅާ ގެ ގޮއިދޫނުކުރުމާއި އެކުވެސް އެވެ.
لِأَنَّكَ رَبِّي غَفُورٌ وَدُودٌ
އެހެނީ ތިއީ ޣަފޫރު ވަންތަ ވަދޫދު ވަންތަ އިލާހެވެ.
رَحِيمٌ بِكُلِّ الْوَرَى وَالْعَبِيدِ
އަދި ކޮންމެ ޚަލްޤަކާއި އަޅަކަށް ރަހީމް ވަންތަ އިލާހެވެ.
أَتَيْتُكَ يَا خَالِقِي بَاكِيًا
އިބަ އިލާހު ހަޒުރަތަށް އަޅާ މި އައީ ކަރުނަ އަޅަމުއްނެވެ.
وَدَمْعُ الْأَسَى كُلَّ حِينٍ يَزِيدُ
އަދި އަޅާގެ ހިތާމައިގެ ކަރުނަ އިތުރުވެ ފޯވަމުންދެ އެވެ.
فَقَدْ قُلْتَ فِي الْآيِ لَا تَقْنَطُوا
ގައިމެވެ، އިބަ އިލާހު އާޔަތެއްގައި ވަހީކުރެއްވި އެވެ:
އުއްމީދު ކަނޑާ ނުލާށެވެ.
وَإِنْ تَعْفُوا عَنِّي فَذا يَوْم عِيدٍ
ފަހެ އިބަ އިލާހު އަޅަށް އަފޫ ކުރައްވައިފިތަ؟
އެ އީ އުފަލުގެ އީދެކެވެ.
سَأَتْرُك يَا رَبِّي ذَنْبا مَضَى
އަޅާގެ ފާފަތަށް ދޫކޮއްލާހުށީމެވެ.
وَأقْبَلَ نَحْوَ الرِّضَى وَالنَّعِيمِ
އޭ އަޅުގެ ރައްބެވެ! އަދި އިބަ އިލާހުގެ ރުއްސެވުމާއި ނިއުމަތަށް ކުރިމަތިލަމެވެ.
أُحِبُّكَ رَبِّي وَهَذَا رَجَايِ
އަޅާ އިބަ އިލާހަށް ލޯބި ކުރަމެވެ. އޭ އަޅުގެ ރައްބެވެ. މިއީ އަޅުގެ އުއްމީދެވެ.
بِأَنَّكَ تَقبلُنِي يَا كَرِيمُ
އިބަ އިލާހު އަޅާގެ (ތައުބާ) ޤަބޫލުކުރެއްވުމެވެ. އޭ ދީލަތިވަންތަ އިލާހެވެ!
~ ގަލަންދާނު