qalandhar | Unsorted

Telegram-канал qalandhar - Galandān ގަލަންދާނު

1843

ޢިލްމު އަދި އެއަށް ލޯބިކުރާ ދަރިވަރުންނަށް Notes by, ibn Fahmī Dīdī عفا الله عنه Friends & family

Subscribe to a channel

Galandān ގަލަންދާނު

«وَأَعِدُّواْ لَهُم مَّا ٱسۡتَطَعۡتُم مِّن قُوَّةٍ»
🔻🔻

Читать полностью…

Galandān ގަލަންދާނު

Notes:

[1] “Sharḥ Uṣūl I’tiqād Ahlus-Sunnah Wal-Jamā‘ah” by Al-Lālakāī (418H) Al-Lālakāī, he is, Abu al-Qāsim Hibatullah ibn Al-Ḥassan Al-Ṭabarī Al-Lālakāī. Ḥāfiḍ of Ḥadīth from Al-Shāf‘ī school. He was from Tabaristān and settled in Baghdād. He travelled to Dīnawar in his last days, and died there, in his middle-age, before he became famous for his knowledge and his works.

[2] After narrating this, Al-Lālakāī said: “ ‘Amr bin Dīnār met: Ibn ‘Abbās, ibn ‘Umar, ibn Az-Zubayr, Jābir bin Abdullah, Al-Miswar bin Makhramah, Sa’d bin ‘Āid Al-Quraẓī — the Muadhin of the Prophet ﷺ, As-Sāib bin Yazīd Al-Kindī and Abū Aṭ-Ṭufayl ‘Āmir bin Wāthilah. And it is narrated via him from Anas— so these are nine ⌜companions of the Prophet ﷺ⌝.” (p. 112)

[3] ibn ‘Irāq Al-Kanānī: (Also, spelled incorrectly, as ibn ‘Arrāq). He is, ‘Alī bin Muḥammad bin ‘Alī, Shams Al-Dīn Abū Al-Ḥassan ibn ‘Irāq Al-Kanānī Al-Dimashqī Al-Shāfi‘ī (D. 963). Scholar of fiqh, acetic, and he has poetry and is master in narration them. He was born in Dimashq and travelled to Al-Ḥijāz. Appointed as Imām in Madīnah and was deceased there. He authored the book, “The integrity of the Sharia raised from the heinous news placed” (the book, we quoted from, Dar al-Kutub al-Ilmiyya - Beirut, 1st edition, 1399: T: Abd al-Wahhab Abd al-Latif) — in two Volumes. ⌜Which is an authorship⌝ on Ḥadīth. He completed it in Egypt, in 954 H, and gifted it to Al-Sulṭān Sulaymān Al-‘Uthmānī. ⌜He also authored⌝ “Nashar Al-Laṭāif fī Qaṭr Al-Ṭāif” — a small treatise on the history of Al-Ṭāif [See: Al-Zirkilī's Al-A’lām]


~ Galandān

Читать полностью…

Galandān ގަލަންދާނު

ހުކުރު ދުވަހުގެ ދުޢާ ޢިޖާބަވަނިވި ވަޤުތަކީ ކޮބާ؟

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ خَيْرُ يَوْمٍ طَلَعَتْ فِيهِ الشَّمْسُ يَوْمُ الْجُمُعَةِ فِيهِ خُلِقَ آدَمُ وَفِيهِ أُدْخِلَ الْجَنَّةَ وَفِيهِ أُهْبِطَ مِنْهَا وَفِيهِ سَاعَةٌ لاَ يُوَافِقُهَا عَبْدٌ مُسْلِمٌ يُصَلِّي فَيَسْأَلُ اللَّهَ فِيهَا شَيْئًا إِلاَّ أَعْطَاهُ إِيَّاهُ ‏"‏

އަބޫ ހުރައިރާ އަރިހުން އައްތިރުމިޛީ ރިވާކުރެއްވި އެވެ: ރަސޫލު اللّٰه ﷺ ޙަދީޘް ކުރެއްވި އެވެ: ”އިރު އެދުވަހެއްގެ މައްޗަށް އެރި އެންމެ ހެޔޮވެގެންވާ ދުވަހަކީ ހުކުރު ދުވަހެވެ. ޢާދަމް ޚަލްޤު ކުރެއްވުނީ އެދުވަހުއެވެ. އަދި އެކަލޭގެފާނުގެ ޖަންނަތަށް ވެއްދެވުނީ އެދުވަހުއެވެ. އަދި އޭގެން (ބިމަށް) ބޭލެއްވުނީވެސް އެދުވަހުގައެވެ. އަދި އޭގައިވާ ސާޢަތެއް (އެބަހީ: ވަޤުތެއް) ވެއެވެ. اللّٰه ހަޟުރަތުގައި އެއްޗަކަށް އެދިއްޖެނަމަ އެކަންފުއްދަވައި ދެއްވާނޭ ގޮތުގައި މެނުވީ މުސްލިމު އަޅަކު ނަމާދު ގައި ހުރެ އެވަޤުތާއި ބައްދަލެއް ނުވާނެއެވެ.“

އަބޫ ހުރައިރާ ވިދާޅުވި އެވެ: ޢަބްދު اللّٰه ބުނު ސަލާމް އާއި ބައްދަލު ވެގެން މިޙަދީޘް ޛިކުރު ކުރުމުން ވިދާޅުވެއްޖެއެވެ: ”ތިމަންކަލޭގެފާނަށް އެސާޢަތެއް އެނގެއެވެ.“ އަހަރެން ދަންނަވައިފީމެވެ: ”ތިކަމުގައި ދަހިވެތި ނުވެ އަހަރެންނަށް ކިޔައިދޭށެވެ.“ ވިދާޅުވިއެވެ: ”އެއީ ޢަޞްރުގެ ފަހުން ފެށިގެން ގޮސް އިރުއޮއްސުމާއި ހަމައަށެވެ.“

އެހެންކަމުން އަހަރެން ދަންނަވައިފީމެވެ: ”(އެވަޤުތެއް) ޢަޞުރު ފަހުން ވާނީ ފަހެ ކިހިނަކުން ހެއްޔެވެ؟ ފަހެ ރަސޫލު اللّٰه ﷺ ވަނީ ޙަދީޘް ކުރައްވާފައެވެ: "‏ لاَ يُوَافِقُهَا عَبْدٌ مَسْلِمٌ وَهُوَ يُصَلِّي ‏"‏...މުސްލިމު އަޅަކު "ޞަލާތު" ގައި ހުރެ އެވަޤުތާއި ބައްދަލެއް ނުވާނެއޭ...“ (އައްޞަލާތު، ޢާންމުގޮތެއްގައި ބުނެވެނީ ނަމާދަށެވެ.) އަދި ތިޔަ ވަޤުތަކީ (އެބަހީ: ޢަޞުރު ފަހަކީ) އޭގައި ނަމާދުކުރުން ނުވާ ވަޤުތެކެވެ.“ ދެން ޢަބްދު اللّٰه ބުނު ސަލާމް ދަންނަވައި ފިއެވެ: ”ރަސޫލު اللّٰه ﷺ ޙަދީޘް ކުރައްވާފައިވެއެވެ: (مَنْ جَلَسَ مَجْلِسًا يَنْتَظِرُ الصَّلاَةَ فَهُوَ فِي صَلاَةٍ) ޞަލާތައް އިންތިޒާރު ކުރުމުގައި އިށީނދެ ހުރެއްޖެ މީހާ އެހެރީ ޞަލާތުގައެވެ.“

އަހަރެން ދަންނަ ވައިފީމެވެ: ”އާދޭހެވެ.“ ވިދާޅުވި އެވެ: ”އެއީ އެކަމެވެ.“

އަބޫ ޢީސާ (އައްތިރުމިޛީ) ވިދާޅުވިއެވެ: މި ޙަދީޘް "ޙަސަން ޞަޙީޙް” އެވެ.



އަބޫ ދާވޫދު، ޢަބްދު اللّٰه ބުނު ސަލާމް އަރިހުން ރިވާކުރެއްވި އެވެ: ...އަހަރެން (ރަސޫލު اللّٰه ﷺ އަރިހު) ދެންނެވިމެވެ: ”އެ ސާޢަތަކި ކޮބައިތޯއެވެ؟“ ޙަދީޘް ކުރެއްވިއެވެ: ‏"‏ هِيَ آخِرُ سَاعَةٍ مِنْ سَاعَاتِ النَّهَارِ ‏"‏ ”އެއީ ދުވާލުގެ ސާޢަތް ތަކުގެ ތެރެއިން އެންމެ ފަހު ސާޢަތެވެ.“

އަހަރެން ދަންނަވައިފީމެވެ: ”އެއަކީ ނަމާދު (އައްޞަލާތު) އަދާ ކުރުމުގެ ވަޤުތެއް ނޫން (ތޯއެވެ؟)“ ޙަދީޘް ކުރެއްވި އެވެ: ‏"‏ بَلَى إِنَّ الْعَبْدَ الْمُؤْمِنَ إِذَا صَلَّى ثُمَّ جَلَسَ لاَ يَحْبِسُهُ إِلاَّ الصَّلاَةُ فَهُوَ فِي صَلاَةٍ ‏"‏ ‏”އާދޭހެވެ. ހަމަކަށަވަރުން މުއުމިނު އަޅަކު ނަމާދުކޮށް އަވަދިވެގެން، ދެން އިށީދެއްޖެނަމަ، އަދި އޭނާ ހިފެހެއްޓިފައި އެހެރީ ނަމާދު ނޫން، އެނޫން އެއްވެސް އެއްޗަކަށް ކަމުގައި ނުވަނީނަމަ، ފަހެ އެހިނދު އޭނާ އެހެރީ ހަމަ ނަމާދު ގައެވެ.“


އަލްޢުލްވާން ވިދާޅުވި އެވެ: ”މިއީ އިބްނު މާޖާ، އަބުއް ނަޠްރު ގެ މަގުން، އަބޫ ސަލަމާ ފުށުން ޢަބްދު اللّٰه ބުނު ސަލާމް ފުށުން ނަބިއްޔާ ﷺ އަރިހުން ރިވާކުރެއްވި ޙަދީޘެކެވެ. އަދި އޭގެ އެންމެހާ ރާވީންނަކީ އިތުބާރުވެވިގެންވާ ބޭފުޅުން ތެރެއިން ވާ ބޭކާލުންނެވެ.“

Читать полностью…

Galandān ގަލަންދާނު

🔻މުޙިއްމު🔻

ބަކުރުބޭ ތަރުޖަމާ އަށް އިތުރު އަޕްޑޭޓުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައި.

މިޗެނަލްގައި ޓެކްނިކަލް ލިމިޓޭޝަން ތަކެއް ހުރުމުން، އެންމެހާ ބެފުޅުންވެސް އަޅުގަނޑުމެންގެ އައު ޗެނަލަށް ސަބްސްކްރައިބު ކުރެއްވުން އެދެން.

🔻🔻🔻New:

/channel/bakurubetharujama

•°°°°

•°°°•
°°°°•

Читать полностью…

Galandān ގަލަންދާނު

[ފޮޓޯ2] އަންހެނާގެ އިޙުރާމުގައި މަނާ ބާވަތްތަކާއި އޭގެ ތަފްޞީލް — ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

[ފޮޓޯ1] ފިރިހެނާގެ އިޙުރާމުގައި، "ފަހާފައި" ހުންނަ ހެދުން ލުމުގެ މާނައާއި އޭގެ ޙުކުމް — ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

🔺🔺
އަލްބުޚާރީ އެކަލޭގެފާނުގެ ފޮތް "އަދަބް އަލްމުފްރަދް" ގައި ވިދާޅުވިއެވެ:

(38) ބާބު: އެއިން ތިޔަބައިމީހުންގެ ރަޙިމުގެ ގުޅުން ދެމެހެއްޓުމަށް (ބޭނުންވާވަރަށް) ތިޔަބައިމީހުންގެ ނަސަބުތައް ދަސްކުރާށެވެ.


(72) حَدَّثَنَا عَمْرُو بْنُ خَالِدٍ، قَالَ‏:‏ حَدَّثَنَا عَتَّابُ بْنُ بَشِيرٍ، عَنْ إِسْحَاقَ بْنِ رَاشِدٍ، عَنِ الزُّهْرِيِّ قَالَ‏:‏ حَدَّثَنِي مُحَمَّدُ بْنُ جُبَيْرِ بْنِ مُطْعِمٍ، أَنَّ جُبَيْرَ بْنَ مُطْعِمٍ أَخْبَرَهُ، أَنَّهُ سَمِعَ عُمَرَ بْنَ الْخَطَّابِ رَضِيَ اللَّهُ عَنْهُ يَقُولُ عَلَى الْمِنْبَرِ‏:‏

«تَعَلَّمُوا أَنْسَابَكُمْ، ثُمَّ صِلُوا أَرْحَامَكُمْ، وَاللَّهِ إِنَّهُ لِيَكُونُ بَيْنَ الرَّجُلِ وَبَيْنَ أَخِيهِ الشَّيْءُ، وَلَوْ يَعْلَمُ الَّذِي بَيْنَهُ وَبَيْنَهُ مِنْ دَاخِلَةِ الرَّحِمِ، لَأَوْزَعَهُ ذَلِكَ عَنِ انْتِهَاكِهِ‏.»

މިންބަރު މަތީ، ޢުމަރު ބްނުލް ޚައްޠާބު رَضِيَ اللَّهُ عَنْهُ ވިދާޅުވިއެވެ: ”ތިޔަބައިމީހުންގެ ރަޙިމުގެ ގުޅުން ދެމެއްހެއްޓުމަށް، ތިޔަބައިމީހުންގެ ނަސަބުތައް އުނގެނޭށެވެ. ﷲ ގަންދީ ބުނަމެވެ. މީހަކާއި އޭނާގެ އަޚަކާއި ދެމެދު ކޮންމެ ވެސް ނުރުހުމެއް އޮވެ، އޭނާ އާއި އެމީހަކާއި ދެމެދު ރަޙިމުގެ ގުޅުމެއް އޮވެއްޖެކަން އޭނާއަށް އެނގޭނަމަ، އޭނާ އާއި ގުޅުން ކެނޑުމުން އެކަން ހުއްޓުވައިދެއެވެ.“ ⁽¹⁾



(73) حَدَّثَنَا أَحْمَدُ بْنُ يَعْقُوبَ، قَالَ‏:‏ أَخْبَرَنَا إِسْحَاقُ بْنُ سَعِيدِ بْنِ عَمْرٍو، أَنَّهُ سَمِعَ أَبَاهُ يُحَدِّثُ، عَنِ ابْنِ عَبَّاسٍ، أَنَّهُ قَالَ‏:‏
«احْفَظُوا أَنْسَابَكُمْ، تَصَلُوا أَرْحَامَكُمْ، فَإِنَّهُ لاَ بُعْدَ بِالرَّحِمِ إِذَا قَرُبَتْ، وَإِنْ كَانَتْ بَعِيدَةً، وَلاَ قُرْبَ بِهَا إِذَا بَعُدَتْ، وَإِنْ كَانَتْ قَرِيبَةً، وَكُلُّ رَحِمٍ آتِيَةٌ يَوْمَ الْقِيَامَةِ أَمَامَ صَاحِبِهَا، تَشْهَدُ لَهُ بِصِلَةٍ إِنْ كَانَ وَصَلَهَا، وَعَلَيْهِ بِقَطِيعَةٍ إِنْ كَانَ قَطَعَهَا‏.‏»


އިބްނު ޢައްބާސް ވިދާޅުވިއެވެ: ”ރަޙިމުގެ ގުޅުން ދެމެހެއްޓުމަށް (ފުދޭނޭ މިންވަރަށް) ތިޔަބައިމީހުންގެ ނަސަބުތައް ރައްކާކުރާށެވެ. އެހެނީ އެމީހަކާއި ރަޙިމުގައި ގާތް މީހެއް، ދުރުގައިވިޔެއް ކަމަކު، އޭނާއެއް ދުރެއް ނުކުރާނެތެވެ. އަދި އެމީހަކާއި (ރަޙިމުގައި) ދުރު މީހެއް، ގާތުގައި ވިއެއް ކަމަކު، އޭނާއެއް، ގާތެއް ނުކުރާނެތެވެ. އަދި ރަޙިމުގެ ކޮންމެ ގުޅުމެއް އޭގެ އަހުލުވެރިޔާ ކުރިމައްޗަށް ޤިޔާމަތް ދުވަހު އަންނަހުއްޓެވެ. އޭގެ ގުޅުން ދަމަހައްޓައިހެދި ނަމަ، އެދެމެހެއްޓި ކަމަށް އޭނާއަށްޓަކައި އެ ހެކިވެއެވެ. އަދި (އެގުޅުން) ކަނޑާފައިވާނަމަ ކެނޑިކަމުގެ މައްޗަށް އޭނާއާ ދެކޮޅަށް އެ ހެކިވެއެވެ.“⁽²⁾


-----------------
[1] އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު ”އަދަބް އަލްމުފްރަދް“ ގެ ތަޢްލީޤުގައި ވިދާޅުވިއެވެ: ”މި ރިވާޔަތް މަޥްޤޫފެވެ. އަދި ސަނަދު ބަލިކަށްޓެވެ. —ދެން އެކި ސަނަދުތަކުގެ ތަފްޞީލު ގެންނެވުމަށްފަހު ވިދާޅުވިއެވެ — އަދި މި (ސަނަދުތަކުގެ) މަގުތައް އެކަތި އަނެކައްޗަށް ވަރުގަދަކޮށް ދެއެވެ.“

[2] އައްސަޢްދު ވިދާޅުވިއެވެ: ”މިރިވާޔަތް މަޥްޤޫފެވެ. އަދި އޭގެ ސަނަދު ޞައްޙައެވެ.“ އަދި އެހެން މަގުތަކުން މިރިވާޔަތް މަރްފޫޢުކޮށް (ނަބިއްޔު ޞ އަށް ސަނަދުން) ރިވާވެފައިވާ ކަމަށް، އިޝާރާތް ކުރައްވައި ތަފްޞީލު ގެންނެވިއެވެ. ދެން ވިދާޅުވިއެވެ: ”...މަރްފޫޢުކޮށް މިރިވާޔަތް ޞައްޙަ އެއް ނޫނެވެ. އަދި ރަނގަޅުގޮތަކީ އަޙްމަދު ބުނު ޔަޢްޤޫބު އާއި އަބޫ ދާވޫފުއް ޠަޔާލިސީ ގެ މަޥްޤޫފު ރިވާކުރެއްވުމެވެ.“


~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

❝ Allah ﷻ said:

﴿وَلَا يَذۡكُرُونَ ٱللَّهَ إِلَّا قَلِيلًا﴾
“...and they do not remember Allâh but little.”

Whoever is inspired by Allah ﷻ , with Al-Tasbīḥ and Al-Dhikr (remembrance)... is freed from hypocrisy.

Therefore, abundance in dhikr is a sign of faith, and a lack of dhikr is a sign of hypocrisy.

Prophet ﷺ said:

سُبْحـانَ اللهِ وَبِحَمْـدِهِ :
• عَدَدَ خَلْـقِه
• وَرِضـا نَفْسِـه
• وَزِنَـةَ عَـرْشِـه
• وَمِـدادَ كَلِمـاتِـه ❝ ⁽¹⁾


—Al-Shaykh Al-Muḥaddith 'Abdul 'Azīz Al-Khuḍayr (twitter)

~ Galandān


---------------------
[1] This Dhikr is from the morning Adhkār (not restricted to early morning (sabāḥ) adhkār). It is read 3 times. (Some scholars have the opinion that it is not limited.) I hope to translate a detail explanation on this Dhikr soon. Inshā' Allah.

Читать полностью…

Galandān ގަލަންދާނު


މިގޮތުން އެބައިމީހުން ގެ މިޚަބީޘް ބުނުންތަކަަށް ރައްދު ދިނުމުން، "ދަލީލު" މައްޗަށް އެއްވެސް އެއްޗެއް އިސް ނުވާނެއޭ ބުނެއެވެ. އަދި ޤުރުއާނުގެ އާޔަތެއްގެ އަމިއްލަ ފަހުމުގެ މައްޗަށް ޙަދީޘާއި ސަލަފުންގެ ފަހުމް އިންކާރު ކުރެއެވެ.

ވީމާ ޚަވާރިޖުން ވަނީ، ނުރައްކާތެރި ދެ ކަމެއް ތެރެއަށް ވެއްޓިފައެވެ:

ފުރަތަމައީ: ސުންނަތަށް ތަބަޢަ ވުމުގެ ވާޖިބު އެޅުމެވެ. އަދި ރަސޫލަށް ތަބަޢަވުމުގެ ވާޖިބިއްޔަތެއް އެވެރިން ⌝ޙަޤީޤަތުގައި⌜ ނުދެކެއެވެ. ﷺ

ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ "އަލްމަޖްމޫޢު" 20/104 ގައި ވިދާޅުވިއެވެ:

”އަދި ބިދުޢައިގެ އަހުލުން، ފަހެ އެއުރެންގެ ފާފައީ ސުންނަތާއި މުއުމިނުންގެ ޖަމާޢަތަށް (އެބަހީ: ސަލަފުންގެ ފަހުމަށް) ތަބަޢަ ވުމަށް އެވެރިންނަށް ވެވިގެންވާ އަމުރުން ވީއްލިގަތުމެވެ. އެހެނީ ޚަވާރިޖުންގެ ބިދުޢައިގެ އަޞްލަކީ، ރަސޫލަށް ކިޔަމަން ގަންނަން ޖެހޭކަން ނުދަތުމެވެ. އަދި ޤުރުއާނުގެ ބޭރުފުށަށް އެވެރިންނަށް ދޭހަވާ އެއްޗާއި ޚިލާފަށް އިތުރުއެކަލޭގެފާނުން ނަށް ތަބަޢަވާން ޖެހޭކަން ނުދަތުމެވެ. އަދި މިއީ ވާޖިބެއް އެޅުމެވެ.“

އަދިވެސް އެކަލޭގެފާނު – رحمه الله – "އަލްމަޖްމޫޢު" 19/73 ގައި ވިދާޅުވިއެވެ:

”އަދި ޚުދު ރަސޫލަށް ބޯއަނބުރާލައި އެކަލޭގެފާނުގެ ސުންނަތުން ފެޔަށް ޖެހުން ޚަވާރިޖުން ޖާއިޒުކުރިއެވެ. އަދި އެކަލޭގެފާނަށް ކިޔަމަންތެރިވުމާއި ތަބަޢަވުން ވާޖިބުނުކުރެތެވެ. ހަމަކަށަވަރުން އެވެރިން އެކަލޭގެފާނު ތެދުކުޅައީ ޤުރުއާނުން ފޯރުކުޅަ އެއްޗަކަށެވެ. އެވެރިން ދެކޭގޮތުން ޤުރުއާނުގެ ބޭރުފުށާއި ޚިލާފުވާ އެކަލޭގެފާނު ޝަރުޢުކުރެއްވި ސުންނަތަކަށް ނޫނެވެ.“


ދެވަނަ އެއްޗަކީ: އެވެރިންގެ އަމިއްލަ ފަހުމާއި ރައުޔު ތަކަށް ޤުރުއާން ތަފްސީރު ކުރުމެވެ.

އެއުރެންނަށް ސުންނަތާއި ނުލައި ޤުރުއާނަށް ތަބަޢަވުމަކުން އެކަންޏެއް ނުފުދުނެވެ. އަދިކިއެއްތަ؟ އޭގެ މައްޗަށް އެވެރިންގެ އަމިއްލަ ފަހުމާއި ރައުޔާއި ހަވާނަފުސަށް ޤުރުއާން ތަފްސީރުކުރުމުގެ ތެރެއަށް ވަނެވެ. ވަކިން ޚާއްޞަކޮށް ވަޢީދުގެ އާޔަތް ތަކުގައެވެ. އެގޮތުން އޭގެ ⌝ޙަޤީޤީ⌜ ފަހުމުގައި މައްސަލަ ޖެހުނެވެ. ރާފިޟީންގެ ބިދުޢަ އާއި ޚަވާރިޖުންގެ ބިދުޢައިގެ ފަރަޤާއި އޭގެ ތަފާތު ކިޔައި ދެއްވަމުން "އަލްމަޖްމޫޢު" 28/483 ގައި ޝެއިޚުލް އިސްލާމް ވިދާޅުވިއެވެ:

”މީގެ އިތުރުން: ޚަވާރިޖުން ޤުރުއާނަށް ތަބަޢަވަނީ އެވެރިންގެ އަމިއްލަ ފަހުމުގެ މައްޗަށެވެ. އަދި އެއުރެން (ރާފިޟީން) ތަބަޢަވަނީ ވުޖޫދުގައި ނުވާ އެވެރިންގެ މަޢުޞޫމު އިމާމުގެ މައްޗަށެވެ. ވީމާ ޚަވާރިޖުންގެ ސަނަދު އެވެރިންގެ ސަނަދަށް ވުރެ ހެޔޮ އެވެ. (އެބަހީ ވުޖޫދުގައި ނުވާ ފަރާތަކަށް ވުރެ ވުޖޫދުގައިވާ މީހަކަށް ނިސްބަތް ވުން، އެދައުވާގައި ތެދެވެ.)“

އަދިވެސް "އަލްމަޖްމޫޢު" 28/491 ގައި އެކަލޭގެފާނު ވިދާޅުވިއެވެ:

”މީގެ އިތުރުން: ހަމަކަށަވަރުން ޚަވާރިޖުން ޤުރުއާނަށް ތަބަޢަވާކަމަށް ދަޢުވާކޮށް ކުރާކަމަކީ އެވެރިންގެ އަމިއްލަ ރައުޔުތަކަށް ތަބަޢަވުމެވެ. އަދި ޤުރުއާނާއި ޚިލާފުވާ ކަމަށް އެވެރިން ބުނާ ސުންނަތަށް ވެސް ތަބަޢަވާކަމަށް އެވެރިން ދަޢުވާ ކުރެއެވެ. އަދި ރާފީޟީން އޮޅުވާލައިގެން ދައުވާ ކުރަނީ އަހުލުލް ބައިތު އަށް ތަބަޢަވާކަމެވެ. އަދި އެ އަހުލުލް ބައިތުން ތެރޭ ކުށްތަކުން މަޢުޞޫމު ⌝ކާއިނާތުގެ⌜ އެއްވެސް ޢިލްމެއް ފޮރުވިގެން ނުވާ މީހުން ވާކަމަށް ދައުވާ ކުރެއެވެ. އަދި ކުށެއް ވެސް ނުޖެހޭ ބަޔެއް ކަމެވެ. ދަނެހުރެ ނޫނީ އޮޅިގެން ނޫނީ ވިސްނައިގެން ވިޔަސް މެއެވެ.“

އަދި ޝެއިޚުލް އިސްލާމް ގެ ބަސްފުޅުތަކަށް ބަލައިފި މީހާ އަށް ޚަވާރިޖުންގެ ބިދުޢައިގެ މައްޗަށް އެނގިގެންދަނީ:

ޚަވާރިޖުންގެ ބިދުޢައިގެ އަޞާޞާއި އޭގެ ގޮފިތަކުގެ މައްޗަށް އެބައިމީހުން އަމިއްލަޔަށް ލިޔެފައިވާ ފޮތްތަކެއް ނުހުންނަ ކަމެވެ. އަދިކިއެއްތަ؟ އެވެރިންގެ ފިކުރުތައް ދެމި ހުންނަނީ އެވެރިންގެ ބުއްދީގައެވެ. އޭތި އެކުލަވާލައި ބިދުޢަވެރި ފިކުރީ އަސާސެއް މައްޗަށް މުޑުވަތް ކުރެއެވެ. މުސްލިމުން ތަކްފީރު ކުރުމާއި މި ފާސިދު ގޮތްނިންމުމަށް ތަބަޢަވާން މުސްލިމުން މަޖުބޫރު ކުރުވުމުގައެވެ. މިވެރިންގެ މޫތައް ފުރަތަމަ ލާ އިރު ދެނަގަންނަށް އުދަގޫވާ ސަބަބަކީ މިއީއެވެ. ވީމާ އެވެރިންގެ މި ބިދުޢަ ފަތުރައި ބިންވަޅުނަގައިލަން ފުރުސަތު ލިބެއެވެ. މިއީ އެންމެހާ އެހެނިހެން ބާޠިލު ފިރުޤާ ތަކާއި ޚިލާފަށެވެ. އެވެރިން ގެ ޢަޤީދާތައް ލިޔެވިފައިވާ ފޮތްތައް އެވެރިންގެ އަތުގައި ހުރެއެވެ. އެއީ އެވެރިންނަށް ތަބަޢަވާ މީހުން އެވަކިކޮށް ދެނެގަނެ އަދި ބިދުޢަ ފެތުރުމަށެވެ.

Читать полностью…

Galandān ގަލަންދާނު

ދަލީލު ގެނައުމުގައި ޚަވާރިޖުންގެ މަގުފުރެދުންތައް | ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

ޣައްޝަ އަކީ ކޮބާ؟

ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ: «مَنْ غَشَّنَا فَلَيْسَ مِنَّا» ”އަހަރެމެންނަށް މަކަރުހަދާ މީހަކީ، އަހަރެމެން ތެރެއިން ވާ މީހެއް ނޫނެވެ.“ — ރިވާކުރެއްވީ މުސްލިމް އެވެ.⁽¹⁾

އަދި އެހެން ލަފްޡަކުން: «من غشَّ فليس مني.» ”މަކަރުހަދައިފި މީހާ، ފަހެ އެއީ ތިމަންކަލޭގެފާނުގެ ފުށުން ވާމީހެއް ނޫނެވެ.“

އަލްޚައްޠާބީ ވިދާޅުވިއެވެ: އެބަހީ: ”ތިމަންކަލޭގެފާނުގެ ފައިންޕުޅު މަތީ ގައި ވާ މީހެއް ނޫނެވެ... އަދި ތިމަންކަލޭގެފާނަށް ތަބަޢަވުމާއި ތިމަންކަލޭގެފާނުގެ ސުންނަތުގައި ހިފުން ދޫކޮށްލާފައިވާ މީހެކެވެ.“

އަލްމުނާވީ ވިދާޅުވިއެވެ: ”އަލްޣައްޝަ އަކީ، ދެރަ އެއްޗަކާއި މޮޅު އެއްޗެއް އެއްކުރުމެވެ.“

އިބްނު ޙަޖަރުލް ހައިޘަމީ ވިދާޅުވިއެވެ: ”ޙަރާމް ކުރެވިފައިވާ ޣައްޝަ އަކީ: ވިއްކާ މީހާ ވިޔަސް ގަންނަމީހާ ވިޔަސް، އެ އެއްޗެއްގައި އެކުލެވޭ [ފާޅުނުވެހުރި] ޞިފަޔެއް، ކުރިން ހާމަވީނަމަ، އެއަގަށް އެއްބަސް ނުވާނޭ ކަންތަކެވެ.“

އަލްކަފަވީ ވިދާޅުވިއެވެ: ”އަލްޣައްޝަ (މަކަރުހެދުން)، ހިތް ކަޅުކުރެ އެވެ. އަދި މޫނު ކުނި ކުރެއެވެ. ހިތްނުބައި ކަމާއި ނަފުރަތަށް މިލަފުޒުގެ ނިސްބަތްވާ ސަބަބަކީވެސް މިއީއެވެ.“

އަދި ޣައްޝަ ގެ ބާވަތްތައް ގިނަގުނަ ވެގެން ވެއެވެ. އެގޮތުން ރައްޔިތުންނަށް ޚިޔާނާތްތެރިވުމަކީ ވެސް މީގެ ތެރެއިންވާ ކަމެވެ.

އިތުރުއެކަލޭގެފާނުން ﷺ ޙަދީޘް ކުރެއްވިއެވެ:

«مَا مِنْ عَبْدِ يَسْتَرْعِيهِ اَللَّهُ رَعِيَّةً, يَمُوتُ يَوْمَ يَمُوتُ, وَهُوَ غَاشٌّ لِرَعِيَّتِهِ, إِلَّا حَرَّمَ اَللَّهُ عَلَيْهِ اَلْجَنَّةَ»

”ﷲ ބަޔަކު މީހުންގެ މައްޗަށް އެއްވެސް މީހަކު ވެރިކުރައްވާފައި ވަނިކޮށް، އޭނާ މަރުވާހިނދު އޭނާ ވަނީ، އެބައިމީހުންނަށް [غَاشٌّ] ޚިޔާނާތްތެރިވެފައި ނަމަ، އެމީހެއްގެ މައްޗަށް، އެކަލާނގެ ޖަންނަތް ޙަރާމް ނުކުރައްވައި ނުދާހުއްޓެވެ.“ —އަދި މިއީ ދެޞަޙީޙު ގެ ރިވާޔަތެކެވެ.

އަދި ނަޞޭޙަތްތެރި ވުމުގައި ވެސް ޣައްޝަ ހިމެނެއެވެ. މިއީ އެކަމުގައި އިޚްލާޞްތެރި ނިޔަތެއް ނެތުމެވެ.

އަދި އަލްޣައްޝަ ގެ އެންމެ ބޮޑު ވައްތަރަކީ ދީނުގައި މަކަރުހެދުމެވެ. އެއީ ބަނީ އިސްރާއީލް ގެ ރާހިބުން ކަންތައް ކުރި ފަދައިންނެވެ. ޙައްޤު ފޮރުވައި މީސްތަކުންނަށް ބާޠިލު ދެއްކުމެވެ. އެއީ އެކަމުން ދުނިޔެއަށް ދަހިވެތިވެއެވެ. އެވެރިން އިސްވެ މަގުފުރެދި އެތައް ބައެއް މަގުފުރެއްދިއެވެ. އަދި ޙައްޤު މަގުން ކައްސައިލިއެވެ. ވީމާ ޙައްޤު ފޮރުވުން، ވަކިން ޚާއްޞަކޮށް މުޞީބާތުގެ ވަޤުތުގައި، ވަނީ އުއްމަތަށް ޣައްޝް ކުރުމުގެ ތެރެއިންނެވެ.

އަހަރެން ބުނަމެވެ: އަދި މުސްލިމުންގެ މުދާ އޮޅުވައިލައިގެން ހޯދުން މީގެ ތެރެއަށް ވަދެއެވެ. ވީމާ ކަމުގެ ޙަޤީޤަތަށް ބުނެ، ޚައިރާތެއް ލިބުން ދަތިވެދާނޭ ކަމަށް، ޞަދަޤާތް ބޭނުންވާ މީހާ އާއި ސަބަބު އޮޅުވައިލުމީ ޣައްޝަ އެވެ.

— މަޞްދަރުތައް: އައްޝެއިޚް ޢަބްދުލް ޢަޒީޒް އަލްޚުޟައިރު (ޓުވިޓާ) ޢަބްދު ﷲ ބުނު ޙަމޫދުލް ފަރީޙް ގެ މިޙަދީޘުގެ ޝަރަޙަ، އިސްލާމް ސުވާލާއި ޖަވާބު (22845)


~ ގަލަންދާނު


-------------------------
[1] مسلم: كتاب الإيمان، باب قول النبي : من غشنا فليس منا (102)، أبو داود (3452)، والترمذي (1315)، وابن ماجه (2224)، وأحمد (7290).

Читать полностью…

Galandān ގަލަންދާނު

•••
އަލްޤުރުއާން —ތަފްސީރު އެންޑް ބައި ވޯރޑް— އެޕް
ބަކުރުބޭގެ ޤުރުއާން ތަރުޖަމާއާއި އެކު (ފޮޓޯ HD)

ރަސްމީ ޑައުންލޯޑް ޕޭޖް

Читать полностью…

Galandān ގަލަންދާނު

•.
"صَلَّى عَلَيْكَ اللهُ مَا لَفَظَ الوَرَى
حَرفًا مِنَ الأذكَارِ والقُرآنِ". ﷺ ♥️

Читать полностью…

Galandān ގަލަންދާނު

•••
❞ މިއުއްމަތް ވަނީ ޢިލްމުވެރިންނާއި، ޢިލްމުގެ ދަރިވަރުންނާއި، ދަޢުވަތުދޭ މީހުންނާއި، ދަރުސްދޭ މީހުންނާއި، މުފައްކިރުންނަށް ނުހަނު ބޭނުން ޖެހިފައެވެ. މުޖުތަމަޢުގައިވާ މަގުފުރެދުން ތަކާއި އެއުރެން ކުރިމަތިލައެވެ. ރާފިޟީ (ޝިޢައީންގެ) ފިކުރާއި ކުރިމަތިލައެވެ. ސެކިއުލަރިސްޓުންނާއި ކުރިމަތިލައެވެ. (މުސްލިމްކަކަމުގެ) ދޮގުފޭރާމާއި، މާޔޫސްކަން ބިނާކުރަނިވި އަހުލުންނާއި ކުރިމަތިލައެވެ. ތަހުޒީބާއި ބުއްދީގެ ހަމަތަކުގެ އަހުލުން ކަމަށް ދައުވާ ކުރާ ފަރާތްތަކާއި ކުރިމަތިލައެވެ. ޤުރުއާނާއި ސުންނަތުން މަގުދައްކާ އެއްޗަކުން، އެވެރިންނަށް ކެރިކުޅަދާނަވީ ވަރަކުން ކުރިމަތިލައެވެ. އެއީ ބޭއިންސާފާއި ޢުދުވާނެއް އެކެމުގައި އަނެކުންނަށް ނުދޭ ޙާލުގައެވެ. ފަހެ ހަމަކަށަވަރުން، ޙައްޤުގެ މަތީގައި މެނުވީ މިއުއްމަތަށް ނަޞްރުލިބުން ނުވެއެވެ. އަދި ކޮންމެ ވަކި ފަރުދެއް މައްޗަށްވެސް، ޢަދުލުވެރިކަން ޤާއިމުކޮށްގެން މެނުވީއެވެ. އެހެނީ ޢަދުލުވެރިކަމީ، ﷲ އެއަކަށް ލޯބިވެވޮޑިގެންވާ ކަންތަކުން ކަމެކެވެ. އަދި އެއިލާހުގެ ރަސޫލު ﷺ ވެސް އެވެ. ﴿وَإِذَا قُلۡتُمۡ فَٱعۡدِلُواْ﴾ ”އަދި ތިޔަބައިމީހުން ބަސްބުނާނަމަ، عدل އަށް (ތެދަށް) ބުނާށެވެ!“ މިއީ މުސްލިމުންނަށް ވިޔަސް އެވެ. ނުވަތަ ކަފާރުންނަށް ވިޔަސްއެވެ.❝


— ޝެއިޚް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން (ބަސްކޮޅު)

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

•••
قال الميموني : قال لي أحمد : " يا أبا الحسن ، إياك أن تتكلم في مسألة ليس لك فيها إمام " .

އަލްމައިމޫނީ ވިދާޅުވިއެވެ: ⌝އިމާމް⌜ އަޙްމަދް އަހަރެން ގާތު ވިދާޅުވިއެވެ: ”އޭ އަބޫ ޙަސަނެވެ! ކަމަކާއިމެދު ⌝އެބޭފުޅެއްގެ ބަހަށް ތަބަޢަވާނޭ⌜ އިމާމެއް ނެތި ވާހަކަ ދެއްކުމާއިމެދު، ސަމާލުވާށެވެ.“

"سير أعلام النبلاء" (11/296)

Читать полностью…

Galandān ގަލަންދާނު

«أكثرُ منافقي أُمَّتِي قُرَّاؤُها» (ތިމަންކަލޭގެފާނުގެ އުއްމަތުގެ މުނާފިޤުންގެ ގިނަބައިގަނޑީ އޭގެ ޤާރީ ވެރިންނެވެ.)⁽¹⁾

އަލްޙާޔިކު ވިދާޅުވިއެވެ:

❞ އަހަރެން ދެކެނީ، މިއީ (ޞައްޙަކަމުގައި) ޙަސަން ޙަދީޘެއް ކަމުގައެވެ.

މިޙަދީޘާއި މެދު، އިމާމް މާލިކު ވިދާޅުވިއެވެ: ”ފަހެ އެމީހެއް ފުށު ހެވެއް ނުވާ މީހެއް، ޤުރުއާން ކިޔަވަފާނެއެވެ. މިޒަމާނުން މިފެންނަ ޙަޤީޤަތީ، މިޙަދީޘް ގެ މާނައިގެ ޞައްޙަކަމުގެ މައްޗަށްވާ ސާފު ދަލީލެއް ފަދައެވެ. “

އަދި އިހުގެ ބޭފުޅުންގެ ބަސްތަކުން އައިސްފައި ވެއެވެ: ”ހަމަކަށަވަރުން، އެވެރިންގެ ފިޤުހުވެރީން މަދު، ޤާރީވެރިން ގިނަ، އެއިރެއްގައި ޤުރުއާނުގެ އަކުރުތައް ހިތުދަސް ކޮށް، އޭގެ ޙައްދުތައް ދޫކުރަނިވި ޒަމާނެއް، މީސްތަކުންގެ މައްޗަށް އަންނާނެތެވެ.“ ❝

އިބްނު ޢަބްދުލް ބައްރު، "އަލްއިސްތިޒްކާރް" (8/91 10582) ގައި، މިޙަދީޘް ޛިކުރު ކުރެއްވުމަށް ފަހު ވިދާޅުވިއެވެ:

”އަހަރެމެންގެ މިޒަމާނުގައި ޝަހަރުތަކާއި އެނޫން ތަންތަނުގައި ޤުރުއާން ތިލާވަތް ކުރުން ގިނަވެ އެހެނަސް އެޤުރުއާނުގެ ޙައްދުތައް ވީއްލި، އޭގެ އަހުލުންގެ ފާސިޤުވުން ތިބާއަށް ⌝ހެއްކަކަށް⌜ ފުދެއެވެ. ﷲ ގަންދީބުނަމެވެ. އެއިލާހުގެ ޙިމާޔަތާއި ތަޥްފީޤަށް އަދި ރަޙްމަތަށް އެދެމުއެވެ. އެހެނީ އެއީ އެއިލާހުފުށުން ⌝އެކަނި⌜ ވާ އެއްޗެކެވެ. އެއިލާހަށް ޝަރީކަކު ނުވެއެވެ.“


އަހަރެން (އަލްޙާޔިކް) ބުނަމެވެ: ”އެކަލޭގެފާނަށް އަހަރެމެންގެ މިޒަމާން ފެނިވަޑައިގެންނެވިނަމަ، ކޮންފަދައަކުން ވެލެއްވީހެވެ؟

ولا حول ولا قوة إلا بالله.“


— އައްޝެއިޚް އަލްމުޙައްދިޘް ޑރ. ޚާލިދުލް ޙާޔިކު

~ ގަލަންދާނު


-----------------
[1] ރިވާކުރެއްވީ އަޙްމަދާއި އަލްބައިހަޤީ އާއި އައްޠަބަރާނީ، އަދި އެނޫން ބޭފުޅުންނެވެ. އައްސަޢްދު ވިދާޅުވިއެވެ: ” ⌝ގިނަ⌜ މަގުތަކަކުން އެ ރިވާވެފައިވެއެވެ. ފަހަރެއްގައި އެކަތި އަނެކަތިން އެވަރުގަދަ ކޮށްދެވިދާނެއެވެ.“ އަލްއަރްނައޫތާއި އަލްއަލްބާނީ އަދި އެނޫން ބޭކަލުން އެ ޞައްޙަކުރެއްވިއެވެ.

Читать полностью…

Galandān ގަލަންދާނު

Ibn 'Irāq Al-Kanānī said:

❝ Al-Lālakāī narrated, in ⌜his book⌝ Al-Sunnah ⁽¹⁾, from ‘Amr ibn Dīnār (d. 126H), who said:

I have met nine from the companions of the Prophet ﷺ, that said: “Whoever says: the Qur’ān is created— then he is a kāfir.” ⁽²⁾

And ‘Uthmān Al-Dārimī narrated likewise, from 'Amr:

“I have met companions of the Prophet ﷺ, since seventy years ⌜back⌝, who said: “Allah is the Creator and whatever is besides Him is created, and Qurʾān is the speech of Allāh. From Him did it emanate and to Him shall it return.”

— verily these two ⌜narrations⌝ are ṣaḥīḥ. ❞

— “Tanzīh Al-Sharī‘ah Al-Marfū‘ah, ‘An Al-Akhbār Al-Shanī‘ah Al-Mawdū‘ah” (1/136) ⁽³⁾

~ Galandān

Читать полностью…

Galandān ގަލަންދާނު

📌 ގަލަންދާނު ޓްވިޓަރ އެކައުންޓަށް ސަބްސްކްރައިބް ކުރައްވާ.

https://twitter.com/galandhaan

Читать полностью…

Galandān ގަލަންދާނު

(އެހެން ޕްލެޓްފޯމް ތަކަށް ޝެއަރ ކުރައްވާއިރު، HD ފޮޓޯ ޝެއަރ ކުރެއްވުން އެދެން.)

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

[ފޮޓޯ 2] އަންހެނާގެ އިޙްރާމް (hd ލިންކް)
~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

[ފޮޓޯ 1] ފިރިހެނާގެ އިޙްރާމް (hd ލިންކް)
~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

📌 «Al-Adab Al-Mufrad» of Imām Al-Bukhārī, Read and annotated by Shaykh Al-Muḥaddith 'Abdullah Al-Sa'd

(Transcript, edited and published as a book by his student Aḥmad bin 'Abdur-Razzāq Al-'Anqarī)

990 pages (Arabic)
Uncompressed pdf (428 mb)
(Source)

Читать полностью…

Galandān ގަލަންދާނު



ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ – رحمه الله تعالى – "އަލްމަޖްމޫޢު" 13/48-49 ގައި ވިދާޅުވިއެވެ:

”އަދި ⌝ޚަވާރިޖުން⌜ އެވެރިންގެ ގާތު ޤުރުއާނުގެ ބޭރުފުށުގެ މާނަ ދޭހަވާ އެއްޗާއި ޚިލާފު ނުވާ ގޮތުގައި ޖުމްލަކޮށް ތަފްސީރުކުރެވޭ އެއްޗެއްގައި މެނުވީ، ސުންނަތުގައި ނުހިފައެވެ. ވީމާ (އިހުގެ ބަޔެއް ޚަވާރިޖުން) ޒިނޭ ކުރާ މީހާ ރަޖަމު ނުކުރެތެވެ. އަދި ވައްކަމުގައި ނިޞާބު ވާކަމަށް ނުދެކެއެވެ. ހަމަ އެގޮތުން ބުނެވިދާނެއެވެ: ޤުރުއާނުގައި މުރުތައްދުން މަރާކަށް ނެތެވެ. ވީމާ މުރުތައްދުންގެ ދެވައްތަރެއް އެވެރިން ނަޒަރުގައި ތިބެދާނެއެވެ.

އަދި ⌝ޚަވާރިޖުންގެ ޤަޥްލުތައް⌜ އަހަރެމެންނަށް އެނގިފައިވަނީ މީސްމީހުން އެވެރިން ފުށުން ނަޤުލު ކުރާ އެއްޗަކުންނެވެ. މުޢުތަޒިލާއިންނާއި ރާފިޟީންނާއި ޒައިދީންނާއި ކަރާމިއްޔާއިން ނާއި، އަޝްޢަރިއްޔާއިންނާއި، ސާލިމިއްޔާއިންނާއި ހަތަރު މަޛުހަބުގެ އަހުލުންނާއި ޡާހިރިއްޔާއިންނާއި އަހުލުލް ޙަދީޘް ގެ މަޛުހަބުތަކާއި ފަލްސަފާވެރިންނާއި ޞޫފީންނާއި އެފަދަ އެހެން މީހުންގެ ފުށުން އެވެރިންގެ ފޮތްތައް އަހަރެމެންނަށް ފޯރާފައިވާ ފަދައިން ޚަވާރިޖުންގެ ފޮތެއް އަހަރެމެންނަކަށް ފޯރާފައެއް ނުވެއެވެ.“ ⁽²⁾




-------------------------

[2] އަހަރެން ބުނަމެވެ: އަދި އަހަރެމެންގެ ތެރޭގައި ޚަވާރިޖުން އެވެރިން އެބަޔަކަށް ބުރަވާ ޢިލްމުވެރިޔެއް އަދި ފޮތެއް ނުވެއެވެ. އެއީ އަހަރެމެން ތަރުޖަމާ ކުރި ފޮތެއް މެނުވީއެވެ. ނޫނީ އަހަރެމެންގެ އަޚުން ތަރުޖަމާ ކުރި ފޮތެކެވެ. އެއިން ޒިންދީޤު ޚަވާރިޖެއް ބުންޏެވެ: އަހަރެންގެ ޝެއިޚަކީ ޙާޒިމީއެވެ. އެހެނަސް ޙާޒިމީ ވަނީ ޔޫސުފުގެ ލެއިން ވަލުކުއްތާ ބަރީޢަވެގަތް ފަދައިން އެކަމުން ބަރީޢަވެގެން ނެވެ. މިވެރިންގެ ޤަޥްލަށް އެއްބަސްވާ ޢިލްމުވެރިއެއް ނުވެއެވެ. އެހެންކަމުން އެއަކަށް ރުޖޫޢަވާނޭ އެންމެ ފަތުވާއެއްވެސް މިވެރިންނަކަށް ނެތެވެ. ދެން ޢިލްމުވެރިންގެ ފަތުވާތަކުން ޖުމްލައެއް ނުވަތައެއިން ބަޔެއް އެވެރިން ވަގަށް ނަގައެވެ. އަދި އެޔަށް ތައުވީލުކޮށް ކަންކަމުގައި ފަތުވާ ހަދައެވެ. އެހެނަސް އެ ޢިލްމުވެރިންގެ ޞަރީޙަ ފަތުވާތައް އެބުނާ ޖުމްލައެއްގެ މައްޗަށް ޚަވާރިޖުންގެ ކޮށި ވިސްނުމަށް ނިންމި ނިންމުމާއި ޚިލާފެވެ. އަދި ޢަލީ އަލްޚުޟައިރުއަށް ނިސްބަތްވި މިފަދަ މީހެއްގެ ވާހަކަ އަހަރެމެން ވާނީ ކުރިން ގެނެސްދީފައެވެ.

ﷲ މިބައިމީހުންނަށް ހިދާޔަތް ދައްކަވައި ޙައްޤަށް މަގުދައްކަވާށިއެވެ. އަދި އެވެރިންގެ ނުބައިން މުސްލިމުން މިންޖުކުރައްވާށިއެވެ.

Читать полностью…

Galandān ގަލަންދާނު


ދަލީލު ގެނައުމުގައި ޚަވާރިޖުންގެ މަގުފުރެދުންތައް

ޚަވާރިޖުން އެވެރިންގެ ބިންގާ ބިނާކުރުމުގައި ބުރަވަނީ، ޤުރުއާނުގެ ނައްޞުތަކުގެ ބޭރުފުށަށެވެ. އަދި އެ ޤުރުއާނުގެ ބޭރުފުށު މާނައާއި ޚިލާފުކަމަށް އެވެރިންނަށް ހީވާ ސުންނަތުގެ ޙަދީޘް އެއްލައިލައެވެ. އަދި މިއެއްތަ؟ މި ބޭރުފުށު މާނައާއި ޚިލާފުވާނަމަ މުތަވާތިރު ސުންނަތުގެ ޙަދީޘުތަކާވެސް އެވެރިން ކުޅެލައެވެ. ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ – رحمه الله – އަލްމަޖްމޫޢު 3/355 ގައި ވިދާޅުވިއެވެ:

"ބިދުޢައިގެ އަޞްލު އެނގިގެން ވެއެވެ. ފަހެ ޚަވާރިޖުންގެ ޤަޥްލު ގެ އަޞްލަކީ: އެވެރިން ⌝ކުފުރުނެތް⌜ ފާފައިގެ މައްޗަށް ކާފަރު ކުރާކަމެވެ. އަދި ފާފައަށް ނުވާ ކަންކަން ފާފައިގެ ގޮތުގައި ދެކޭކަމެވެ. އަދި ޤުރުއާނުގެ ބޭރުފުށަށް ދޭހަވާ އެއްޗަކާއި ޚިލާފުވާ ސުންނަތާއި ނުލައި ޤުރުއާނަށް ތަބަޢަވުމަށް ދެކޭކަމެވެ. އެއީ މުތަވާތިރު ޙަދީޘެއް ކަމުގައި ވިޔަސް އެވެ. އަދި އެވެރިންނަށް ⌝މިކަންކަމުގައި⌜ ޚިލާފުވެއްޖެ މީހުން ކާފަރު ކުރެއެވެ. އަދި އެވެރިންގެ ގާތު މުރުތައްދެއްކަމަށް ބެލޭވޭ މީހާ ގެ މުރުތައްދު ކަމުން، އަޞްލީ ކާފަރެއްގެ ކިބައިން ޙަލާލުނުވާ އެތި ޙަލާލެވެ. އެއީ ނަބިއްޔު ﷺ ޙަދީޘް ކުރެއްވި ފަދައިންނެވެ: «يقتلون أهل الإسلام ويدعون أهل الأوثان» ”އެއުރެން އިސްލާމު އަހުލުން ޤަތުލުކޮށް، ވަޘަނިއްޔަތުގެ (ޝިރުކުގެ) އަހުލުވެރިން ދޫކުރެތެވެ.“ އަދި މީގެ މައްޗަށް ޢުޘްމާން އާއި ޢަލީ އާއި އެދެބޭކަލުންގެ ބައިގަނޑު ކާފަރު ކުރިއެވެ. އަދި މިފަދަ ގޮތްނުބައި (ޚަބީޘް) ވާހަކައިގެ މައްޗަށް ⌝ގޮތް ކަނޑައަޅައި⌜ ޞިއްފީން (ހަނގުރާމައިގެ އަޞްޙާބު) ބޭކަލުންގެ — ދެބައިގަނޑު —މައްޗަށްވެސް ތަކްފީރު ކުރިއެވެ.“ ⁽¹⁾




-------------------------
[1] އަހަރެން ބުނަމެވެ: އަދި ރާއްޖޭގައިވާ މިޚަބީޘް ފިކުރުގެ މީހުންވެސް އިހުގެ ޚަވާރިޖުންނާއި މިކަމުގައި އެއްގޮތެވެ:

އަދި ޤުރުއާނުގެ ބޭރުފުށުގެ މާނައަށް ޙަދީޘަށް އިންކާރު ކުރެއެވެ. މިގޮތުން ޣައިބުގެ ތަޅުދަނޑި ތަކުގެ އާޔަތް ނަގައި ރަޙިމުގެ އެތެރޭގައިވާ އެއްޗެއް ނޭގެނޭ ކަމަށް މުޠްލަޤުކޮށް ބުނެއެވެ. އަދި ސްކޭން ކުރުމަކީ ޝިރުކެއް ކަމުގައެވެ. އަދި މިބޭރުފުށުގެ މާނައިގެ މައްޗަށް އެ އާޔަތް ޝަރަޙަކޮށްދީފައިވާ ޙަދީޘްތައް އަދި އުއްމަތުގެ އެންމެހާ ޢިލްމުވެރިންގެ ބަސްތަކަށް އިންކާރު ކުރިއެވެ. (އަހަރެމެން މީގެ ތަފްޞީލެއް ވާނީ ކުރިން، ފޮތެއްގެ ސިފައިގާ ގެނެސް ދީފައި)

އަދި ކުފުރަށް ނުވާ ކަންކަން ކުފުރަށް ހެދިއެވެ. ވީމާ ކާފަރުން ފުށުން އެހީ ހޯދުމަކީ ކާފަރުންނަށް ވާގިވެރިވުން ކަމުގައި ކަނޑައެޅިއެވެ. އަދި ތަޙާކުމުގެ ތަރަހައަށް ނުވަންނަ ކަންކަން އެއީ ތަޙާކުމް ކަމަށް ހެދިއެވެ: ކައިވެނި އަޤުދާއި، ގޯތީގެ ރަޖިސްޓްރޭޝަން އާއި ވިޔަފާރި ޓެކްސް ވެސް އެވެ. އަދި މިގޮތުން ޔޫސުފް عليه السلام ޢަޒީޒުގެ ޝަރީޢަތުގައި ނަފްސުގެ ދިފާޢުގައި ހެކިބަސް ދިނުމާއި، ޖަލުގެ އެކުވެރިޔާ މެދުވެރިކޮށް ރަސްގެފާނުގާތު އެއިން ސަލާމަތް ކުރުމަށް އެދުމުގެ މައްޗަށް އަދި މޫސާ عليه السلام ފިރުޢައުނު ގާތުން ބަނީ އިސްރާއީލުން އަޅުވެތިކަމުން މިންޖުކޮށް މިނިވަންކުރުމަށް އެދުމުގެ މައްޗަށް، އެދެބޭކަލުން ޠާޣޫތުއިން އިޖުތިނާބު ނުވާ ކަމުގައި ބުންޏެވެ. އަދި މީގެ ތެރެއިން ބައިގަނޑެއް ވަނީ އެވެރިންގެ ބުނުންތަކުގެ ސަބަބުން ޚުދު ކުފުރަށް ވެއްޓިފައެވެ.

އަދި ފާފައަށް ނުވާ ކަންކަން ފާފައަށް ހެދިއެވެ. ވީމާ ހައްޔަރުގެ އިކުރާހުގައިވާ މީހާ ޒިންމާދާރު ކުރެއެވެ. އޭނާގެ މައްޗަށް ވަކީލުން ނެގުމާއި، ޕެރޯލަށް އެދުމާއި ޕްރޮގްރާމް ގައި ބައިވެރިވުން ޙަރާމް ކުރިއެވެ. އަދި ކިއެއްތަ؟ އެއީ ކުފުރުކަމަށް ކަނޑައެޅިއެވެ.

މިގޮތުން އީމާން ކަމުގެ އަޞްލާއި، އޭގެ ވާޖިބު މިންވަރާއި އޭގެ މުސްތަޙައްބު މިންވަރު އެވެރިންގެ ކުރިމަތީ އެކައްޗެކެވެ. ވީމާ އިހުގެ ޚަވާރިޖުންނެކޭ އެއް އުސޫލަކުން، ކުފުރަށް ނުވާ ފާފައާއި ފާފައަށްނުވާ ކަންކަންވެސް އެބައިމީހުން އީމާނާއި ކުފުރުގެ ތަރަހައަށް ވެއްދިއެވެ. އަދި އޭގެން މީސްތަކުންނަށް ތަކްފީރުކުރިއެވެ. އަހަރެމެންވާނީ މިކަމުގެ މައްޗަށް ކުރިން ފުރިހަމަ ލިޔުމެއް އެކުލަވާލާފައެވެ.

Читать полностью…

Galandān ގަލަންދާނު

The true victory is the victory of principles, for when the Muslims are victorious with their principles and steadfastness, they are considered ⌜truly⌝ victorious, and the military victory comes as a second stage. That is why, Allah جل وعلا said about the people of Al-Ukhdūd:

﴿ذَٰلِكَ ٱلۡفَوۡزُ ٱلۡكَبِيرُ﴾
“That is the greatest triumph”

Never did Allah جل وعلا mention in His Book {ذَٰلِكَ ٱلۡفَوۡزُ ٱلۡكَبِيرُ} except regarding them. Even though they were exterminated till the last of them, and not one of them remained!

And Allah جل وعلا called it a great triumph.

It is not in the Qur’ān {That is the greatest triumph} except in this place.

The Qur'ān mentions:

﴿وَذَٰلِكَ ٱلۡفَوۡزُ ٱلۡعَظِيمُ﴾
“And that is the ultimate triumph”

﴿وَذَٰلِكَ هُوَ ٱلۡفَوۡزُ ٱلۡعَظِيمُ﴾
“And that is ˹truly˺ the ultimate triumph.”

﴿ذَٰلِكَ هُوَ ٱلۡفَوۡزُ ٱلۡعَظِيمُ﴾
“That is ˹truly˺ the ultimate triumph.”

﴿ذَٰلِكَ ٱلۡفَوۡزُ ٱلۡعَظِيمُ﴾
“That is the ultimate triumph.”

And it is not in the Qur’ān {That is the greatest triumph} except in ⌜the story of⌝ the people of Al-Ukhdūd, who were exterminated till the last of them, and none of them remained.

Allah جل وعلا called it “victory”, because their principles have triumphed. ❞


— Al-Shaykh Al-Muḥaddith Sulaymān bin Nāṣir Al-'Alwān (text)

~ Galandān

Читать полностью…

Galandān ގަލަންދާނު

ޙަދީޘް: «من غشَّ فليس مني.» ”މަކަރުހަދައިފި މީހާ، ފަހެ އެއީ ތިމަންކަލޭގެފާނުގެ ފުށުން ވާމީހެއް ނޫނެވެ.“
🔻🔻🔻

Читать полностью…

Galandān ގަލަންދާނު

ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވިއެވެ:

❞ ދެޞަޙީޙު ގައި ނަބިއްޔު ﷺ އަރިހުން ޘާބިތުވެފައިވެއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ: «مَنْ يُرِدِ اللَّهُ بِهِ خَيْرًا يُفَقِّهْهُ فِي الدِّينِ» ”ﷲ އެކަލާނގެ އަަޅަކަށް ހެޔޮގޮތް އިރާދަކުރައްވާ ނަމަ ، އެއަޅަކަށް ދީނުގެ ފިޤުހު (ޢިލްމާއި ވިސްނުމާ ފަހުމްް) ދެއްވައެވެ.“ އަދި މިއިން ލާޒިމުވަނީ، ދީނުގައި ފިޤުހުވެރި ނުކުރައްވާ މީހަކަށް، އެއިލާހު ހެޔޮ އިރާދަ ކުރައްވާފައި ނުވާކަމެވެ. ވީމާ ދީނުގައި ފިޤުހުވެރިވުމީ ފަރުޟެއް ކަމުގައި ވެއެވެ. އަދި ”ދީނުގައި ތަފައްޤަހު“ ވުން، އެބަހީ: ޝަރުޢީ އަޙްކާމުތައް، ސަމްޢިއްޔަ ދަލީލުތަކުން⁽¹⁾ މަޢްރިފާކޮށް ⌝ދެނެގަނެވުމެވެ.⌜ މިގޮތަށް ދަނެ ނުގަނެވިއްޖެ މީހާ، ދީނުގައި މުތަފައްޤިހު ވެއްޖެ މީހަކަށް ނުވެއެވެ. ނަމަވެސް އެމީހެއްގެ އެންމެހާ ކަންކަމެއްގައިވާ ތަފްޞީލިއްޔަ-ދަލީލުތައް، ދެނެގަތުމަށް ކުޅެދިންތެރި ނުވާ މީހުން، މީސްތަކުންގެ ތެރޭ ވެއެވެ. ވީމާ ދެނެގަތުމަށް އޭނާ ނުކުޅެދިގެންވާ އެއްޗެއް، އޭނާގެ ފުށުން ⌝ފަރުޟުކެނޑި⌜ ވީއްލިގެން ދެއެވެ. އެހެނަސް މިއީ މަޢްރިފާކުރުމަށް އޭނާ ބަލިކަށި ކޮންމެ ކޮންމެ ކަމެއްވައި ނޫނެވެ. އަދި އޭނާ އަށް ކުޅަދާނަ ވެއްޖެ އެއްޗެއް، އޭނާއަށް ލާޒިމުވެގެން ވެއެވެ. ދެންފަހެ ދަލީލުތަކަށް ކުޅަދާނަމީހާ: ބުނެވެއެވެ: ތަޤްލީދު⁽²⁾ ކޮށްފުން އޭނާގެ މައްޗަށް ⌝އިސްތިޘްނާއެއް ނެތި⌜ މުޠްލަޤުކޮށް ޙަރާމެވެ. އަދި ބުނެވެއެވެ: އެކަން މުޠްލަޤުކޮށް ހުއްދައެވެ. އަދި ބުނެވެއެވެ: ޙާއްޖަތް އޮވެއްޖެ ހިނދު އެކަން ހުއްދައެވެ. އެއީ މިޘާލަކަށް ދަލީލު ހޯދާ ބެލުމަށް ވަޤުތު ހަނިވެގެންވާ ހިނދުގައެވެ. އަދި މިއީ، މިބުނުންތަކުން އެންމެ ޢަދުލުވެރި ޤަޥްލެވެ. ❝


— މަޖްމޫޢު އަލްފަތާވާ 20/213

~ ގަލަންދާނު

---------------------------
[1] ސަމްޢިއްޔަ ދަލީލަކީ: ވަޙީއެވެ. އެއީ އަހަރެމެން އަޑުއެހީމޭ މިވެނިމީހެއް ނަޤުލު ކުރީތީ، ނަބިއްޔު ﷺ އަރިހުން، އެކަލޭގެފާނަށް ޖިބްރީލް عليه السلام ފޯރުކޮށްދެއްވި، އަދި ޖިބްރީލްއަށް އަރަހުށި ﷲ ފޯރުކޮށްދެއްވި ވަޙީއެވެ.
[2] ތަޤްލީދު ކުރުން: ދަލީލަކަށް ނުބަލައި، މީސްތަކުންގެ ބަހަށް ކަނުކޮށް ތަބަޢަވުމެވެ.

Читать полностью…

Galandān ގަލަންދާނު

🔻“Al-Udhr Bil Jahl Taḥta al-Mijhar Ash-Shar'ī” (Excuse of Ignorance, Under the Shar'ī Microscope)

by Shaykh Mid’ḥat Āl-Farrāj

Forwarded by:
Shaykh 'Abdullah ibn Jibrīn
Shaykh 'Abdullah ibn Al-Ghunaymān
Shaykh Al-Muḥaddith Abdullah Al-Sa'd

Arabic [pdf]

Shaykh ibn Jibrīn said that this book is most complete of that which was written on this top. If time permits, I hope to translate some texts from this book inshā Allah.

~ Galandān

Читать полностью…

Galandān ގަލަންދާނު

Ibn Al-Qayyim said:

“A believer never attains perfect pleasure from a sin, and he cannot attain happiness through it. Whenever he tries to attain it, sorrow will always be the constant companion of his heart . Nevertheless the intoxicant of sin covers him with pleasure to it. Whoever devoid his heart from this sorrow, and intensified in its cover and lusts, and there by runs out his Ēmān, upon him is to weep for the death of his heart.”

Source: Madārij Al-Sālikīn 1/137

~ Galandān

Читать полностью…

Galandān ގަލަންދާނު

•••
وَقَالَ ٱلَّذِينَ كَفَرُواْ لِلَّذِينَ ءَامَنُواْ لَوۡ كَانَ خَيۡرًا مَّا سَبَقُونَآ إِلَيۡهِۚ وَإِذۡ لَمۡ يَهۡتَدُواْ بِهِۦ فَسَيَقُولُونَ هَٰذَآ إِفۡكٌ قَدِيمٌ (الاحقاف ١١)

The disbelievers say of the believers, “Had it been ˹something˺ good, they (the companions of the Prophet who were weak and powerless) would not have beaten us to it.” Now since they reject its guidance, they will say, “˹This is˺ an ancient fabrication!”


“...they would not have beaten us to it.”

Ibn Kat̲h̲īr said:

❝ As for Ahl us-Sunnah wal-Jama`ah: They say about any act or saying that has not been reported from the Companions:

"It is an innovation." Since if there was any good in it, THEY would have preceded us in doing it, because they have not left off any of the good characteristics except that they hurried to perform them.❞

— Tafsīr Al-Qurān Al-'Aḍīm (13/11)


~ Galandān

Читать полностью…
Subscribe to a channel