qalandhar | Unsorted

Telegram-канал qalandhar - Galandān ގަލަންދާނު

1843

ޢިލްމު އަދި އެއަށް ލޯބިކުރާ ދަރިވަރުންނަށް Notes by, ibn Fahmī Dīdī عفا الله عنه Friends & family

Subscribe to a channel

Galandān ގަލަންދާނު

Book: Supplications and Remembrances, Narrated From The Chosen Prophet, صلى الله عليه وسلم , For the Day and Night

By Shaykh ‘Abdullah bin ‘Abdul Raḥmān Al-Sa’d

الدعوات والأذكار المأثورة عن النبي المختار صلى الله عليه وسلم في اليوم والليلة - الشيخ عبدالله بن عبدالرحمن السعد

~ Galandān

Читать полностью…

Galandān ގަލަންދާނު

ހުކުރު ދުވަހުގެ ދުޢާ ޢިޖާބަވަނިވި ވަޤުތަކީ ކޮބާ؟

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ خَيْرُ يَوْمٍ طَلَعَتْ فِيهِ الشَّمْسُ يَوْمُ الْجُمُعَةِ فِيهِ خُلِقَ آدَمُ وَفِيهِ أُدْخِلَ الْجَنَّةَ وَفِيهِ أُهْبِطَ مِنْهَا وَفِيهِ سَاعَةٌ لاَ يُوَافِقُهَا عَبْدٌ مُسْلِمٌ يُصَلِّي فَيَسْأَلُ اللَّهَ فِيهَا شَيْئًا إِلاَّ أَعْطَاهُ إِيَّاهُ ‏"‏

އަބޫ ހުރައިރާ އަރިހުން އައްތިރުމިޛީ ރިވާކުރެއްވި އެވެ: ރަސޫލު اللّٰه ﷺ ޙަދީޘް ކުރެއްވި އެވެ: ”އިރު އެދުވަހެއްގެ މައްޗަށް އެރި އެންމެ ހެޔޮވެގެންވާ ދުވަހަކީ ހުކުރު ދުވަހެވެ. ޢާދަމް ޚަލްޤު ކުރެއްވުނީ އެދުވަހުއެވެ. އަދި އެކަލޭގެފާނުގެ ޖަންނަތަށް ވެއްދެވުނީ އެދުވަހުއެވެ. އަދި އޭގެން (ބިމަށް) ބޭލެއްވުނީވެސް އެދުވަހުގައެވެ. އަދި އޭގައިވާ ސާޢަތެއް (އެބަހީ: ވަޤުތެއް) ވެއެވެ. اللّٰه ހަޟުރަތުގައި އެއްޗަކަށް އެދިއްޖެނަމަ އެކަންފުއްދަވައި ދެއްވާނޭ ގޮތުގައި މެނުވީ މުސްލިމު އަޅަކު ނަމާދު ގައި ހުރެ އެވަޤުތާއި ބައްދަލެއް ނުވާނެއެވެ.“

އަބޫ ހުރައިރާ ވިދާޅުވި އެވެ: ޢަބްދު اللّٰه ބުނު ސަލާމް އާއި ބައްދަލު ވެގެން މިޙަދީޘް ޛިކުރު ކުރުމުން ވިދާޅުވެއްޖެއެވެ: ”ތިމަންކަލޭގެފާނަށް އެސާޢަތެއް އެނގެއެވެ.“ އަހަރެން ދަންނަވައިފީމެވެ: ”ތިކަމުގައި ދަހިވެތި ނުވެ އަހަރެންނަށް ކިޔައިދޭށެވެ.“ ވިދާޅުވިއެވެ: ”އެއީ ޢަޞްރުގެ ފަހުން ފެށިގެން ގޮސް އިރުއޮއްސުމާއި ހަމައަށެވެ.“

އެހެންކަމުން އަހަރެން ދަންނަވައިފީމެވެ: ”(އެވަޤުތެއް) ޢަޞުރު ފަހުން ވާނީ ފަހެ ކިހިނަކުން ހެއްޔެވެ؟ ފަހެ ރަސޫލު اللّٰه ﷺ ވަނީ ޙަދީޘް ކުރައްވާފައެވެ: "‏ لاَ يُوَافِقُهَا عَبْدٌ مَسْلِمٌ وَهُوَ يُصَلِّي ‏"‏...މުސްލިމު އަޅަކު "ޞަލާތު" ގައި ހުރެ އެވަޤުތާއި ބައްދަލެއް ނުވާނެއޭ...“ (އައްޞަލާތު، ޢާންމުގޮތެއްގައި ބުނެވެނީ ނަމާދަށެވެ.) އަދި ތިޔަ ވަޤުތަކީ (އެބަހީ: ޢަޞުރު ފަހަކީ) އޭގައި ނަމާދުކުރުން ނުވާ ވަޤުތެކެވެ.“ ދެން ޢަބްދު اللّٰه ބުނު ސަލާމް ދަންނަވައި ފިއެވެ: ”ރަސޫލު اللّٰه ﷺ ޙަދީޘް ކުރައްވާފައިވެއެވެ: (مَنْ جَلَسَ مَجْلِسًا يَنْتَظِرُ الصَّلاَةَ فَهُوَ فِي صَلاَةٍ) ޞަލާތައް އިންތިޒާރު ކުރުމުގައި އިށީނދެ ހުރެއްޖެ މީހާ އެހެރީ ޞަލާތުގައެވެ.“

އަހަރެން ދަންނަ ވައިފީމެވެ: ”އާދޭހެވެ.“ ވިދާޅުވި އެވެ: ”އެއީ އެކަމެވެ.“

އަބޫ ޢީސާ (އައްތިރުމިޛީ) ވިދާޅުވިއެވެ: މި ޙަދީޘް "ޙަސަން ޞަޙީޙް” އެވެ.



އަބޫ ދާވޫދު، ޢަބްދު اللّٰه ބުނު ސަލާމް އަރިހުން ރިވާކުރެއްވި އެވެ: ...އަހަރެން (ރަސޫލު اللّٰه ﷺ އަރިހު) ދެންނެވިމެވެ: ”އެ ސާޢަތަކި ކޮބައިތޯއެވެ؟“ ޙަދީޘް ކުރެއްވިއެވެ: ‏"‏ هِيَ آخِرُ سَاعَةٍ مِنْ سَاعَاتِ النَّهَارِ ‏"‏ ”އެއީ ދުވާލުގެ ސާޢަތް ތަކުގެ ތެރެއިން އެންމެ ފަހު ސާޢަތެވެ.“

އަހަރެން ދަންނަވައިފީމެވެ: ”އެއަކީ ނަމާދު (އައްޞަލާތު) އަދާ ކުރުމުގެ ވަޤުތެއް ނޫން (ތޯއެވެ؟)“ ޙަދީޘް ކުރެއްވި އެވެ: ‏"‏ بَلَى إِنَّ الْعَبْدَ الْمُؤْمِنَ إِذَا صَلَّى ثُمَّ جَلَسَ لاَ يَحْبِسُهُ إِلاَّ الصَّلاَةُ فَهُوَ فِي صَلاَةٍ ‏"‏ ‏”އާދޭހެވެ. ހަމަކަށަވަރުން މުއުމިނު އަޅަކު ނަމާދުކޮށް އަވަދިވެގެން، ދެން އިށީދެއްޖެނަމަ، އަދި އޭނާ ހިފެހެއްޓިފައި އެހެރީ ނަމާދު ނޫން، އެނޫން އެއްވެސް އެއްޗަކަށް ކަމުގައި ނުވަނީނަމަ، ފަހެ އެހިނދު އޭނާ އެހެރީ ހަމަ ނަމާދު ގައެވެ.“


އަލްޢުލްވާން ވިދާޅުވި އެވެ: ”މިއީ އިބްނު މާޖާ، އަބުއް ނަޠްރު ގެ މަގުން، އަބޫ ސަލަމާ ފުށުން ޢަބްދު اللّٰه ބުނު ސަލާމް ފުށުން ނަބިއްޔާ ﷺ އަރިހުން ރިވާކުރެއްވި ޙަދީޘެކެވެ. އަދި އޭގެ އެންމެހާ ރާވީންނަކީ އިތުބާރުވެވިގެންވާ ބޭފުޅުން ތެރެއިން ވާ ބޭކާލުންނެވެ.“

Читать полностью…

Galandān ގަލަންދާނު

🔻🔻
﴿وَيُؤْثِرُونَ عَلَىٰٓ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌۚ﴾
[الحشر:9]

”...އަދި (ޢަންޞާރުން) އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް، އެ (މުހާޖިރު) ބޭފުޅުންނަށް އިސްކަންދެތެވެ. އެއުރެންގެ އަމިއްލަ ނަފުސަށް އެއަށް ބޭނުންތެރިކަން ބޮޑުވެފައި ވީހިނދުވެސްމެއެވެ...“

އަލްޙަސަނުލް ބަޞްރީ رحمه الله تعالى ވިދާޅުވިއެވެ: ”އޭގެ ތެރެއިން ބޭފުޅެއް އޭނާގެ އަންނަފޮތިގަނޑު އޭނާގެ އަޚާއަށްޓަކައި އިރާލިއެވެ. ދެމީހުން ދެމެދު ހަމަޔަށް ބެހުމަށްޓަކައެވެ.“

—އަލްޢަލްވާން ގެ #الولاء_والبراء އިން.


އަބްދުލް ޙަފީޡް އައްޞޫމާލީ އަހަރެން ގާތު ވިދާޅުވިއެވެ: ”އަންޞާރުން އެވެރިންގެ ހެދުން އަލަމާރިތައް ހުޅުވައި އަހަރެން ގާތު ބުންޏެވެ: ބޭނުން އެއްޗެއް ބޭނުންވާ ވަރަކަށް ނަގާށެވެ.“ ...އެއީ އެވެރިންގެ ފަޤީރުކަމާއި އެކުގައެވެ.

ﷲ ތަޢާލާ އެއެންމެ މަތިވެރި ބޭކަލުންނަށް ރަޙުމަތްލައްވައި ޖަންނަތުގެ ހިޔާވެހިކަން ދެއްވާށިއެވެ.


~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

ޕޯސްޓަރ: ރަވާތިބު ސުންނަތްތައް (HD ފޮޓޯ)
~ ގަލަންދާން

Читать полностью…

Galandān ގަލަންދާނު

{ تَكَادُ ٱلسَّمَٰوَٰتُ يَتَفَطَّرۡنَ مِنۡهُ وَتَنشَقُّ ٱلۡأَرۡضُ وَتَخِرُّ ٱلۡجِبَالُ هَدًّا • أَن دَعَوۡاْ لِلرَّحۡمَٰنِ وَلَدًا } ”...އެކަމުގެ ސަބަބުން، އުޑުތައް ފަޅަފަޅައިގެންގޮސް، ބިންގަނޑު އިރައިރައިގެންގޮސް، ފަރުބަދަތައް ކުދިކުދިވެ، ވެއްޓިގެން ދިއުން ކައިރިވެގެންވެއެވެ. އެއީ رحمن ވަންތަ ރަސްކަލާނގެއަށް ދަރިކަލަކުވާކަމަށް އެއުރެން ގޮވުމުގެ ސަބަބުންނެވެ.“ (مريم ٩٠، ٩١)

Читать полностью…

Galandān ގަލަންދާނު

••
(ސުންނަތުގެ އަހުލުންގެ އަޚްލާޤު ގައި ހިފެހެއްޓުން)


❞ ފަހެ އަހުލުއް ސުންނަތުގެ އަޚްލާޤު ގައި ހިފެހެއްޓުން މުސްލިމު މީހާ އަށް ވެއެވެ. އެހެނީ ބައިގަނޑެއް އަޚްލާޤުގައި ނުހިފައެވެ. ޢަޤީދައިގައި މެނުވީއެވެ. އެހެނަސް ސުލޫކިއްޔަތާއި އިޖުތިމާޢިއްޔަތުގައި އަހުލުއްސުންނަތި ވަލްޖަމާޢަތި ގެ އަޚްލާޤުން އެއްވެސް އެއްޗެއް ނުދަނެއެވެ. އިންސާނާ ވަނީ މިދީން އެކީއެއްކޮށް، އެކުގައި ހިފުމެވެ. އަދި އެ ބައިބައިކޮށް ތިބާ ގަޔާނުވާ އަދި ފަސޭހަނޫން އެއްޗެއް ފައިދަށަށް ލުމެއްނޫނެވެ. ކޮންމެ މުސްލިމު ފިރިހެނަކަށް އަދި އަންހެނަކަށްވެސް މި އިސްލާމް ދީން ޝާމިލު ގޮތުގައި އެކުއެކީ ހިފުން ވާޖިބެވެ. ❝


(ލަފާދާރު ކަންކަމުގައި ހިފައި ހަސީލަތްނުބައި ކަންކަން ދޫކޮށް ލުން)

❞ ހަމަ އެފަދައިން އަހުލުއް ސުންނަތި ވަލްޖަމާޢަތި ގެ ޞިފަ ތަކުގެ ތެރޭ: އެވެރިން ތާކުންތާކު ނުޖެހޭ ކަންކަމުން މަނައުވެ އެވެ. ތާކުންތާކު ނުޖެހޭ ކަންކަމީ، ހަސީލަތް ނުބައި ކަންކަމެވެ. އަދި ބައެއް ސަލަފުން ވިދާޅުވެއެވެ: ފަޟުލުވެރި (ލަފާދާރު) ކަންކަން ކުރުމަށް ކުޅަދާނަ ނުވާ މީހާ، އޭނާގެ ލަފާދާރުކަމީ ހަސީލަތް ނުބައި ކަންކަމުން ދުރުވެހުރުން ކަމުގައި ހަދާށެވެ. ❝

— އަލްޢަލްވާން (الفتاوى متنوعة ١/١)


~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

↓ ޑައުންލޯޑު ކުރެއްވުމަށް:
އިންޓަރނެޓް އަރުޝީފް [pdf] (4 mb)

Читать полностью…

Galandān ގަލަންދާނު

«وَأَعِدُّواْ لَهُم مَّا ٱسۡتَطَعۡتُم مِّن قُوَّةٍ»
🔻🔻

Читать полностью…

Galandān ގަލަންދާނު

Notes:

[1] “Sharḥ Uṣūl I’tiqād Ahlus-Sunnah Wal-Jamā‘ah” by Al-Lālakāī (418H) Al-Lālakāī, he is, Abu al-Qāsim Hibatullah ibn Al-Ḥassan Al-Ṭabarī Al-Lālakāī. Ḥāfiḍ of Ḥadīth from Al-Shāf‘ī school. He was from Tabaristān and settled in Baghdād. He travelled to Dīnawar in his last days, and died there, in his middle-age, before he became famous for his knowledge and his works.

[2] After narrating this, Al-Lālakāī said: “ ‘Amr bin Dīnār met: Ibn ‘Abbās, ibn ‘Umar, ibn Az-Zubayr, Jābir bin Abdullah, Al-Miswar bin Makhramah, Sa’d bin ‘Āid Al-Quraẓī — the Muadhin of the Prophet ﷺ, As-Sāib bin Yazīd Al-Kindī and Abū Aṭ-Ṭufayl ‘Āmir bin Wāthilah. And it is narrated via him from Anas— so these are nine ⌜companions of the Prophet ﷺ⌝.” (p. 112)

[3] ibn ‘Irāq Al-Kanānī: (Also, spelled incorrectly, as ibn ‘Arrāq). He is, ‘Alī bin Muḥammad bin ‘Alī, Shams Al-Dīn Abū Al-Ḥassan ibn ‘Irāq Al-Kanānī Al-Dimashqī Al-Shāfi‘ī (D. 963). Scholar of fiqh, acetic, and he has poetry and is master in narration them. He was born in Dimashq and travelled to Al-Ḥijāz. Appointed as Imām in Madīnah and was deceased there. He authored the book, “The integrity of the Sharia raised from the heinous news placed” (the book, we quoted from, Dar al-Kutub al-Ilmiyya - Beirut, 1st edition, 1399: T: Abd al-Wahhab Abd al-Latif) — in two Volumes. ⌜Which is an authorship⌝ on Ḥadīth. He completed it in Egypt, in 954 H, and gifted it to Al-Sulṭān Sulaymān Al-‘Uthmānī. ⌜He also authored⌝ “Nashar Al-Laṭāif fī Qaṭr Al-Ṭāif” — a small treatise on the history of Al-Ṭāif [See: Al-Zirkilī's Al-A’lām]


~ Galandān

Читать полностью…

Galandān ގަލަންދާނު

ހުކުރު ދުވަހުގެ ދުޢާ ޢިޖާބަވަނިވި ވަޤުތަކީ ކޮބާ؟

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ خَيْرُ يَوْمٍ طَلَعَتْ فِيهِ الشَّمْسُ يَوْمُ الْجُمُعَةِ فِيهِ خُلِقَ آدَمُ وَفِيهِ أُدْخِلَ الْجَنَّةَ وَفِيهِ أُهْبِطَ مِنْهَا وَفِيهِ سَاعَةٌ لاَ يُوَافِقُهَا عَبْدٌ مُسْلِمٌ يُصَلِّي فَيَسْأَلُ اللَّهَ فِيهَا شَيْئًا إِلاَّ أَعْطَاهُ إِيَّاهُ ‏"‏

އަބޫ ހުރައިރާ އަރިހުން އައްތިރުމިޛީ ރިވާކުރެއްވި އެވެ: ރަސޫލު اللّٰه ﷺ ޙަދީޘް ކުރެއްވި އެވެ: ”އިރު އެދުވަހެއްގެ މައްޗަށް އެރި އެންމެ ހެޔޮވެގެންވާ ދުވަހަކީ ހުކުރު ދުވަހެވެ. ޢާދަމް ޚަލްޤު ކުރެއްވުނީ އެދުވަހުއެވެ. އަދި އެކަލޭގެފާނުގެ ޖަންނަތަށް ވެއްދެވުނީ އެދުވަހުއެވެ. އަދި އޭގެން (ބިމަށް) ބޭލެއްވުނީވެސް އެދުވަހުގައެވެ. އަދި އޭގައިވާ ސާޢަތެއް (އެބަހީ: ވަޤުތެއް) ވެއެވެ. اللّٰه ހަޟުރަތުގައި އެއްޗަކަށް އެދިއްޖެނަމަ އެކަންފުއްދަވައި ދެއްވާނޭ ގޮތުގައި މެނުވީ މުސްލިމު އަޅަކު ނަމާދު ގައި ހުރެ އެވަޤުތާއި ބައްދަލެއް ނުވާނެއެވެ.“

އަބޫ ހުރައިރާ ވިދާޅުވި އެވެ: ޢަބްދު اللّٰه ބުނު ސަލާމް އާއި ބައްދަލު ވެގެން މިޙަދީޘް ޛިކުރު ކުރުމުން ވިދާޅުވެއްޖެއެވެ: ”ތިމަންކަލޭގެފާނަށް އެސާޢަތެއް އެނގެއެވެ.“ އަހަރެން ދަންނަވައިފީމެވެ: ”ތިކަމުގައި ދަހިވެތި ނުވެ އަހަރެންނަށް ކިޔައިދޭށެވެ.“ ވިދާޅުވިއެވެ: ”އެއީ ޢަޞްރުގެ ފަހުން ފެށިގެން ގޮސް އިރުއޮއްސުމާއި ހަމައަށެވެ.“

އެހެންކަމުން އަހަރެން ދަންނަވައިފީމެވެ: ”(އެވަޤުތެއް) ޢަޞުރު ފަހުން ވާނީ ފަހެ ކިހިނަކުން ހެއްޔެވެ؟ ފަހެ ރަސޫލު اللّٰه ﷺ ވަނީ ޙަދީޘް ކުރައްވާފައެވެ: "‏ لاَ يُوَافِقُهَا عَبْدٌ مَسْلِمٌ وَهُوَ يُصَلِّي ‏"‏...މުސްލިމު އަޅަކު "ޞަލާތު" ގައި ހުރެ އެވަޤުތާއި ބައްދަލެއް ނުވާނެއޭ...“ (އައްޞަލާތު، ޢާންމުގޮތެއްގައި ބުނެވެނީ ނަމާދަށެވެ.) އަދި ތިޔަ ވަޤުތަކީ (އެބަހީ: ޢަޞުރު ފަހަކީ) އޭގައި ނަމާދުކުރުން ނުވާ ވަޤުތެކެވެ.“ ދެން ޢަބްދު اللّٰه ބުނު ސަލާމް ދަންނަވައި ފިއެވެ: ”ރަސޫލު اللّٰه ﷺ ޙަދީޘް ކުރައްވާފައިވެއެވެ: (مَنْ جَلَسَ مَجْلِسًا يَنْتَظِرُ الصَّلاَةَ فَهُوَ فِي صَلاَةٍ) ޞަލާތައް އިންތިޒާރު ކުރުމުގައި އިށީނދެ ހުރެއްޖެ މީހާ އެހެރީ ޞަލާތުގައެވެ.“

އަހަރެން ދަންނަ ވައިފީމެވެ: ”އާދޭހެވެ.“ ވިދާޅުވި އެވެ: ”އެއީ އެކަމެވެ.“

އަބޫ ޢީސާ (އައްތިރުމިޛީ) ވިދާޅުވިއެވެ: މި ޙަދީޘް "ޙަސަން ޞަޙީޙް” އެވެ.



އަބޫ ދާވޫދު، ޢަބްދު اللّٰه ބުނު ސަލާމް އަރިހުން ރިވާކުރެއްވި އެވެ: ...އަހަރެން (ރަސޫލު اللّٰه ﷺ އަރިހު) ދެންނެވިމެވެ: ”އެ ސާޢަތަކި ކޮބައިތޯއެވެ؟“ ޙަދީޘް ކުރެއްވިއެވެ: ‏"‏ هِيَ آخِرُ سَاعَةٍ مِنْ سَاعَاتِ النَّهَارِ ‏"‏ ”އެއީ ދުވާލުގެ ސާޢަތް ތަކުގެ ތެރެއިން އެންމެ ފަހު ސާޢަތެވެ.“

އަހަރެން ދަންނަވައިފީމެވެ: ”އެއަކީ ނަމާދު (އައްޞަލާތު) އަދާ ކުރުމުގެ ވަޤުތެއް ނޫން (ތޯއެވެ؟)“ ޙަދީޘް ކުރެއްވި އެވެ: ‏"‏ بَلَى إِنَّ الْعَبْدَ الْمُؤْمِنَ إِذَا صَلَّى ثُمَّ جَلَسَ لاَ يَحْبِسُهُ إِلاَّ الصَّلاَةُ فَهُوَ فِي صَلاَةٍ ‏"‏ ‏”އާދޭހެވެ. ހަމަކަށަވަރުން މުއުމިނު އަޅަކު ނަމާދުކޮށް އަވަދިވެގެން، ދެން އިށީދެއްޖެނަމަ، އަދި އޭނާ ހިފެހެއްޓިފައި އެހެރީ ނަމާދު ނޫން، އެނޫން އެއްވެސް އެއްޗަކަށް ކަމުގައި ނުވަނީނަމަ، ފަހެ އެހިނދު އޭނާ އެހެރީ ހަމަ ނަމާދު ގައެވެ.“


އަލްޢުލްވާން ވިދާޅުވި އެވެ: ”މިއީ އިބްނު މާޖާ، އަބުއް ނަޠްރު ގެ މަގުން، އަބޫ ސަލަމާ ފުށުން ޢަބްދު اللّٰه ބުނު ސަލާމް ފުށުން ނަބިއްޔާ ﷺ އަރިހުން ރިވާކުރެއްވި ޙަދީޘެކެވެ. އަދި އޭގެ އެންމެހާ ރާވީންނަކީ އިތުބާރުވެވިގެންވާ ބޭފުޅުން ތެރެއިން ވާ ބޭކާލުންނެވެ.“

Читать полностью…

Galandān ގަލަންދާނު

🔻މުޙިއްމު🔻

ބަކުރުބޭ ތަރުޖަމާ އަށް އިތުރު އަޕްޑޭޓުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައި.

މިޗެނަލްގައި ޓެކްނިކަލް ލިމިޓޭޝަން ތަކެއް ހުރުމުން، އެންމެހާ ބެފުޅުންވެސް އަޅުގަނޑުމެންގެ އައު ޗެނަލަށް ސަބްސްކްރައިބު ކުރެއްވުން އެދެން.

🔻🔻🔻New:

/channel/bakurubetharujama

•°°°°

•°°°•
°°°°•

Читать полностью…

Galandān ގަލަންދާނު

[ފޮޓޯ2] އަންހެނާގެ އިޙުރާމުގައި މަނާ ބާވަތްތަކާއި އޭގެ ތަފްޞީލް — ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

[ފޮޓޯ1] ފިރިހެނާގެ އިޙުރާމުގައި، "ފަހާފައި" ހުންނަ ހެދުން ލުމުގެ މާނައާއި އޭގެ ޙުކުމް — ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

🔺🔺
އަލްބުޚާރީ އެކަލޭގެފާނުގެ ފޮތް "އަދަބް އަލްމުފްރަދް" ގައި ވިދާޅުވިއެވެ:

(38) ބާބު: އެއިން ތިޔަބައިމީހުންގެ ރަޙިމުގެ ގުޅުން ދެމެހެއްޓުމަށް (ބޭނުންވާވަރަށް) ތިޔަބައިމީހުންގެ ނަސަބުތައް ދަސްކުރާށެވެ.


(72) حَدَّثَنَا عَمْرُو بْنُ خَالِدٍ، قَالَ‏:‏ حَدَّثَنَا عَتَّابُ بْنُ بَشِيرٍ، عَنْ إِسْحَاقَ بْنِ رَاشِدٍ، عَنِ الزُّهْرِيِّ قَالَ‏:‏ حَدَّثَنِي مُحَمَّدُ بْنُ جُبَيْرِ بْنِ مُطْعِمٍ، أَنَّ جُبَيْرَ بْنَ مُطْعِمٍ أَخْبَرَهُ، أَنَّهُ سَمِعَ عُمَرَ بْنَ الْخَطَّابِ رَضِيَ اللَّهُ عَنْهُ يَقُولُ عَلَى الْمِنْبَرِ‏:‏

«تَعَلَّمُوا أَنْسَابَكُمْ، ثُمَّ صِلُوا أَرْحَامَكُمْ، وَاللَّهِ إِنَّهُ لِيَكُونُ بَيْنَ الرَّجُلِ وَبَيْنَ أَخِيهِ الشَّيْءُ، وَلَوْ يَعْلَمُ الَّذِي بَيْنَهُ وَبَيْنَهُ مِنْ دَاخِلَةِ الرَّحِمِ، لَأَوْزَعَهُ ذَلِكَ عَنِ انْتِهَاكِهِ‏.»

މިންބަރު މަތީ، ޢުމަރު ބްނުލް ޚައްޠާބު رَضِيَ اللَّهُ عَنْهُ ވިދާޅުވިއެވެ: ”ތިޔަބައިމީހުންގެ ރަޙިމުގެ ގުޅުން ދެމެއްހެއްޓުމަށް، ތިޔަބައިމީހުންގެ ނަސަބުތައް އުނގެނޭށެވެ. ﷲ ގަންދީ ބުނަމެވެ. މީހަކާއި އޭނާގެ އަޚަކާއި ދެމެދު ކޮންމެ ވެސް ނުރުހުމެއް އޮވެ، އޭނާ އާއި އެމީހަކާއި ދެމެދު ރަޙިމުގެ ގުޅުމެއް އޮވެއްޖެކަން އޭނާއަށް އެނގޭނަމަ، އޭނާ އާއި ގުޅުން ކެނޑުމުން އެކަން ހުއްޓުވައިދެއެވެ.“ ⁽¹⁾



(73) حَدَّثَنَا أَحْمَدُ بْنُ يَعْقُوبَ، قَالَ‏:‏ أَخْبَرَنَا إِسْحَاقُ بْنُ سَعِيدِ بْنِ عَمْرٍو، أَنَّهُ سَمِعَ أَبَاهُ يُحَدِّثُ، عَنِ ابْنِ عَبَّاسٍ، أَنَّهُ قَالَ‏:‏
«احْفَظُوا أَنْسَابَكُمْ، تَصَلُوا أَرْحَامَكُمْ، فَإِنَّهُ لاَ بُعْدَ بِالرَّحِمِ إِذَا قَرُبَتْ، وَإِنْ كَانَتْ بَعِيدَةً، وَلاَ قُرْبَ بِهَا إِذَا بَعُدَتْ، وَإِنْ كَانَتْ قَرِيبَةً، وَكُلُّ رَحِمٍ آتِيَةٌ يَوْمَ الْقِيَامَةِ أَمَامَ صَاحِبِهَا، تَشْهَدُ لَهُ بِصِلَةٍ إِنْ كَانَ وَصَلَهَا، وَعَلَيْهِ بِقَطِيعَةٍ إِنْ كَانَ قَطَعَهَا‏.‏»


އިބްނު ޢައްބާސް ވިދާޅުވިއެވެ: ”ރަޙިމުގެ ގުޅުން ދެމެހެއްޓުމަށް (ފުދޭނޭ މިންވަރަށް) ތިޔަބައިމީހުންގެ ނަސަބުތައް ރައްކާކުރާށެވެ. އެހެނީ އެމީހަކާއި ރަޙިމުގައި ގާތް މީހެއް، ދުރުގައިވިޔެއް ކަމަކު، އޭނާއެއް ދުރެއް ނުކުރާނެތެވެ. އަދި އެމީހަކާއި (ރަޙިމުގައި) ދުރު މީހެއް، ގާތުގައި ވިއެއް ކަމަކު، އޭނާއެއް، ގާތެއް ނުކުރާނެތެވެ. އަދި ރަޙިމުގެ ކޮންމެ ގުޅުމެއް އޭގެ އަހުލުވެރިޔާ ކުރިމައްޗަށް ޤިޔާމަތް ދުވަހު އަންނަހުއްޓެވެ. އޭގެ ގުޅުން ދަމަހައްޓައިހެދި ނަމަ، އެދެމެހެއްޓި ކަމަށް އޭނާއަށްޓަކައި އެ ހެކިވެއެވެ. އަދި (އެގުޅުން) ކަނޑާފައިވާނަމަ ކެނޑިކަމުގެ މައްޗަށް އޭނާއާ ދެކޮޅަށް އެ ހެކިވެއެވެ.“⁽²⁾


-----------------
[1] އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު ”އަދަބް އަލްމުފްރަދް“ ގެ ތަޢްލީޤުގައި ވިދާޅުވިއެވެ: ”މި ރިވާޔަތް މަޥްޤޫފެވެ. އަދި ސަނަދު ބަލިކަށްޓެވެ. —ދެން އެކި ސަނަދުތަކުގެ ތަފްޞީލު ގެންނެވުމަށްފަހު ވިދާޅުވިއެވެ — އަދި މި (ސަނަދުތަކުގެ) މަގުތައް އެކަތި އަނެކައްޗަށް ވަރުގަދަކޮށް ދެއެވެ.“

[2] އައްސަޢްދު ވިދާޅުވިއެވެ: ”މިރިވާޔަތް މަޥްޤޫފެވެ. އަދި އޭގެ ސަނަދު ޞައްޙައެވެ.“ އަދި އެހެން މަގުތަކުން މިރިވާޔަތް މަރްފޫޢުކޮށް (ނަބިއްޔު ޞ އަށް ސަނަދުން) ރިވާވެފައިވާ ކަމަށް، އިޝާރާތް ކުރައްވައި ތަފްޞީލު ގެންނެވިއެވެ. ދެން ވިދާޅުވިއެވެ: ”...މަރްފޫޢުކޮށް މިރިވާޔަތް ޞައްޙަ އެއް ނޫނެވެ. އަދި ރަނގަޅުގޮތަކީ އަޙްމަދު ބުނު ޔަޢްޤޫބު އާއި އަބޫ ދާވޫފުއް ޠަޔާލިސީ ގެ މަޥްޤޫފު ރިވާކުރެއްވުމެވެ.“


~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

❝ Allah ﷻ said:

﴿وَلَا يَذۡكُرُونَ ٱللَّهَ إِلَّا قَلِيلًا﴾
“...and they do not remember Allâh but little.”

Whoever is inspired by Allah ﷻ , with Al-Tasbīḥ and Al-Dhikr (remembrance)... is freed from hypocrisy.

Therefore, abundance in dhikr is a sign of faith, and a lack of dhikr is a sign of hypocrisy.

Prophet ﷺ said:

سُبْحـانَ اللهِ وَبِحَمْـدِهِ :
• عَدَدَ خَلْـقِه
• وَرِضـا نَفْسِـه
• وَزِنَـةَ عَـرْشِـه
• وَمِـدادَ كَلِمـاتِـه ❝ ⁽¹⁾


—Al-Shaykh Al-Muḥaddith 'Abdul 'Azīz Al-Khuḍayr (twitter)

~ Galandān


---------------------
[1] This Dhikr is from the morning Adhkār (not restricted to early morning (sabāḥ) adhkār). It is read 3 times. (Some scholars have the opinion that it is not limited.) I hope to translate a detail explanation on this Dhikr soon. Inshā' Allah.

Читать полностью…

Galandān ގަލަންދާނު

•••
Abul 'Abbās ibn Taymiyyah رحمه الله said:

❝ If a created being bestowed upon you a favour, you are able to compensate the favour. And his favour does not last upon you. Rather, he has to bid you farewell and cutting it off from you. You are also able to do without it. As for Allah عز وجل, you cannot compensate Him for His blessings upon you. And if He blesses you, He will perpetuate His blessings. {And He is the One Who enriches and impoverishes.} Indeed you cannot withstand without Him, even for the blink of an eye. ❞

See: Jāmi' Al-Masāil of ibn Taymiyyah (1/120) and Futyā Fī Ṣīghah Al-Ḥamd of Ibn Al-Qayyim (p. 18)

This is from an on going translation of a work of Shaykh al-Muḥaddith 'Abdullah Al-Sa'd — May Allah aid us to complete it soon. 🔻

Читать полностью…

Galandān ގަލަންދާނު

ހުކުރު ދުވަހުގެ ފަތިސް ނަމާދުގައި ”އައްސަޖިދާ“ އަދި ”އަލްއިންސާން“ ސޫރަތް ކިޔެވުމީ ސުންނަތުގެ ތެރެއިން ހިމެނޭ ކަމެކެވެ. މިކަން ދެޞަޙީޙުގައި ރިވާވެފައިވެއެވެ. އަބޫ ހުރައިރާ رضي الله عنه އަރިހުން: ނަބިއްޔު ﷺ ހުކުރު ދުވަހުގެ ފަތިސް ނަމާދުގައި ކިޔަވައި ވިދާޅުވެޔޭ: {‏الم * تَنْزِيلُ‏} އައްސަޖިދާ ސޫރަތް، އެންމެ ފުރަތަމަ ރަކުޢަތުގައި، އަދި ދެވަނަ ރަކުޢަތުގައި‏ {‏هَلْ أَتَى عَلَى الإِنْسَانِ‏}‏ (އަލްއިންސާނު ސޫރަތް).

~ ޝެއިޚް ޢަބްދު الله އައްސަޢްދު

Читать полностью…

Galandān ގަލަންދާނު

”އެއުރެންގެ ގެދޮރުންނާއި، އެއުރެންގެ މުދަލުން ނެރެލާފައިވާ فقير مهاجر ންނަށް (އެ فَىء މުދަލުގައި) حق އެއްވެއެވެ. އެއުރެންނީ اللَّه ގެ حضرة ން فضل ވަންތަވެރިކަމާއި، ރުހިވޮޑިގަތުން އެދޭ މީހުންނެވެ. އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް نصر ދޭ މީހުންނެވެ. އެއުރެންނީ ހަމަ ތެދުވެރިންނެވެ....

...އަދި އެއުރެންގެ ފަހުން އައި މީހުން ބުނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށާއި، އަދި އަޅަމެންނަށްވުރެ ކުރިން إيمان ވި، އަޅަމެންގެ أخ ންނަށް ފާފަފުއްސަވާނދޭވެ! އަދި إيمان ވި މީހުންނަށް އަޅަމެންގެ ހިތްތަކުގައި حسد ވެރިކަމެއް ނުލައްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ނުހަނު އޯގާވަންތަ، رحيم ވަންތަ ރަސްކަލާނގެއެވެ.“

{سورة الحشر}

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

🔻🔻

❞ ދެންފަހެ އެއުރެންނަށް ޚާއްޞަ ކުފުރުގެ ޙަފުލާ ތަކުގައި (ކާފަރުންނަށް) ތަހުނިޔާ ކިޔުމަކީ، (ޢިލްމުވެރިންގެ) އިއްތިފާޤުން ޙަރާމް ވެގެންވާ ކަމެކެވެ. އޭގެ މިޘާލަކީ، އެބައިމީހުންގެ ޢީދުތަކާއި ރޯދަތަކުގައި، ތަހުނިޔާއަށް ”ބަރަކާތްތެރި އީދެއް ތިބާއަށް އެދެން“ ނުވަތަ ”އުފާވެރި ޢީދަކަށް އެދެން“ އަދި މިފަދަ އިބާރާތަކުން ތަހުނިޔާ ކިޔުމެވެ. ފަހެ މިފަދަ މީހާ (އެޢަމަލުގެ ސަބަބުން) ކުފުރުން ސަލާމަތް ވެއްޖެޔަސް، އެކަންވަނީ (އަދިވެސް) ޙަރާމުގެ ތެރެއިންނެވެ. އަދި އެއީ ޞަލީބަށް ސަޖިދަ ކުރުމުން ތަހުނިޔާ ކިޔުމާއި އެއްފަދަ ކަމެކެވެ. އަދި ކިޔެއްތަ؟ ރާ ބުއިމާއި، ނަފުސެއް ޤަތުލުކުރުމާއި، ޙަރާމްވެގެންވާ ފަރުޖަކަށް އަރައިގަތުމާއި މިބީދައިން ކަމެއްގެ ސަބަބުން މީހަކަށް ތަހުނިޔާ ކިޔުމަށް ވުރެން، އެކަންތައް ﷲ ގެ ޙަޟުރަތުގައި ފާފަ ބޮޑުވެގެން ވެއެވެ. އަދި ނުރުއްސެވުމުގައި ވަރުގަދައެވެ. އަދި އެމީހެއްގެ ފުށުގައި ދީނަށް ޤަދަރެއް ނެތް އެތައް ބަޔަކު، މިކަމުގައި ހޭކެއެވެ. އަދި އެކުރި ޢަމަލުގެ މުޑުދާރުކަންވެސް ނުދަނެއެވެ.⁽¹⁾ ފަހެ މީހެއް ކުރާ ފާފަޔަކަށް ނޫނީ ބިދުޢަތަކަށް ނޫނީ ކުފުރަކަށް ތަހުނިޔާ ކިޔައިފި މީހެއް ވަނީ، ހަމަކަށަވަރުން ވެސް ﷲ ގެ ކޯފާ އާއި ނުރުއްސެވުމާއި ކުރިމަތިވެފައެވެ. ❝ — انتهى كلامه - رحمه الله


— އަލްއިމާމް އިބްނުލް ޤައްޔިމް رحمه الله
(أحكام أهل الذمة ، ޞ. 1/441)


~ ގަލަންދާނު


------------------
[1]
ކުރިސްމަސް އަކީ، ﷲ އަށް ދަރިޔެއް ލިބުނު ކަމަށް ބުނެ، ނަޞާރާއިން ފާހަގަ ކުރާ ޢީދެކެވެ. އަދި އެއަށް ތަހުނިޔާ ކިޔުމަކީ، ހުސްޠާހިރުވަންތަ އިލާހުގެ އެއްކައުވަންތަކަން އިންކާރުކުރުމުން ދެވޭ ތަހުނިޔާއެކެވެ.

Читать полностью…

Galandān ގަލަންދާނު

ހެޔޮ އަދަބު ، ހެޔޮ ނަސީބު
ބޭ އަދަބު  ، ބަދުނަސީބު

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

•••
އަލްބުހޫތީ ވިދާޅުވިއެވެ:

❞ ⌝ޢިލްމުވެރީންގެ⌜ ދެބަސްވުމެއް ނެތް ގޮތުގައި، ހުކުރު ނަމާދުގެ އާޚިރު ވަޤުތަކަކީ، މެންދުރު ނަމާދުގެ އާޚިރުވަޤުތެވެ.❝ اهـ. ”ކައްޝާފުލް ޤިނާޢި“ (2/28)

އަހަރެން ބުނަމެވެ: ވީމާ އިރުމެދުން ވީއްލުމަށްފަހު، މެންދުރު ވަޤުތު އަވަދިނުވަނީސް ހުކުރުކޮށްފި މީހާ، ވަޤުތުން ބޭރުވެއްޖެކަމަށް ބުނުމީ އިޖުމާޢުއާ ޚިލާފުވުމެކެވެ.

ފަހެ އެނަމާދުގެ ވަޤުތަކީ މެންދުރުނަމާދު ވަޤުތުކަމާއި އިރުމެދުން ނެއްޓުމަށް ފަހުގައި ކަމުގެ މައްޗަށް އިޖުމާޢު ގެންނެވި ބޭކަލުންގެ ތެރޭ: އިބްނުލް މުންޛިރު⁽¹⁾ އާއި، އިބްނު ޢަބްދުލް ބައްރު⁽²⁾ އާއި، އިބްނުލް ޢަރަބީ⁽³⁾ އާއި، އިބްނު ޤުދާމާ⁽⁴⁾ އާއި އައްޒައިލަޢިޔު⁽⁵⁾ އަދި އައްޒަރްކަޝިއްޔު⁽⁶⁾ ހިމެނިވަޑައިގަންނަވައެވެ.

އިބްނު ޢަބްދުލް ބައްރު ވިދާޅުވިއެވެ: ”މެންދުރު ނަމާދުގެ ވަޤުތުގެ ތެރޭގައި ⌝ހުކުރު⌜ ކޮށްފިނަމަ، އެނަމާދުގެ ވަޤުތުގައި އެނަމާދު އަދައުކޮށްފި ކަމުގެ މައްޗަށް އެއުރެން (އެބަހީ: ޢިލްމުވެރިން) އިޖުމާޢުވެލެއްވިއެވެ.“

~ގަލަންދާނު

--------
(1) الأوسط 3/48
(2) التمهيد 8/73
(3) عارضة الأحوذي 2/292
(4) المغني 2/219
(5) تبيين الحقائق 1/219
(6) شرح الزركشي على مختصر الخرقي 2/164

Читать полностью…

Galandān ގަލަންދާނު

•••
❞ މި އަދު މި ވަނީ، ހަނގުރާމައިގެ ވައްޓަފާޅި އާއި ގޮތާއި ބާވަތް މުޅިން ބަދަލުވެފައެވެ. ކަނޑި އައްޑަނަ އާއި ލޮންސި އާއި ތީރު ފަދަ އާލާތްތަކުގެ ބަދަލުގައި މިއަދު ހަނގުރާމަ މަތީ މަތިންދާބޯޓުފަހަރާއި، މިސައިލާއި، ޓޭންކާއި މަނަވަރުފަހަރާއި ސަބްމެރީނާއި އެކި ފާޑުގެ ބަޑިތަކާއި، މިފަދަ ޒަމާނީވަސީލަތްތައް ހަނގުރާމައިގައި އަންނަނީ ބޭނުންކުރެވެމުންނެވެ. ވީއިރު، {وَأَعِدُّواْ لَهُم مَّا ٱسۡتَطَعۡتُم مِّن قُوَّةٍ} (އެބަހީ: އެއުރެންނާ ދެކޮޅަށް ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބާރެއް ތިޔަބައިމީހުން ތައްޔާރު ކުރާށެވެ!) މިފަދައިން ކީރިތި ޤުރްއާނުގައި އަންގަވައި، މާތް ﷲ އަމުރު ކުރައްވައިފައިވާ ބަސްފުޅަށް ތަބާވުމުގެ ގޮތުން، މުސްލިމުން މިއަދު ހަނގުރާމައިގެ ޒަމާނީ ވަސީލަތްތަކަށް އަހުލުވެރިވެ، އެ ތަކެތި އުފައްދާ ބަޔަކުކަމުގައި ވުން ކޮންމެހެން ވެސް ލާޒިމެއެވެ. އެއީ މިއަދު ޣައިރުމުސްލިމުން އެފަދަ ހަތިޔާރުތަކުގެ ބިރުދައްކައި، މުޅިދުނިޔެއަށް ހަންފަތުރައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުން މަރައި، މީސްތަކުންނަށް އަނިޔާ ކުރަމުންދާ ހިނދު، އެކަންކަން ހުއްޓުވޭނީ އަދި އިސްލާމްދީން މަތިވެރިކޮށް، ދުނިޔޭގައި އެ ދީނުގެ ދިދަ ވިހުރައިލެވޭނީ، އެބައިމީހުންނަށްވުރެ މުސްލިމުން މި ދާއިރާއިން ކުރިއަރައިގެން ކަމުގައިވާތީއެވެ. ❝

— އަޙްމަދް ފާރޫޤު މުޙައްމަދު


(ރިޔާޟުއްޞާލިޙީން، ދިވެހިތަރުޖަމާ ޞ. 1121 ، އިސްލާމިކް މިނިސްޓްރީގެ ފުރަތަމަ ޗާޕު.)


~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

«أكثرُ منافقي أُمَّتِي قُرَّاؤُها» (ތިމަންކަލޭގެފާނުގެ އުއްމަތުގެ މުނާފިޤުންގެ ގިނަބައިގަނޑީ އޭގެ ޤާރީ ވެރިންނެވެ.)⁽¹⁾

އަލްޙާޔިކު ވިދާޅުވިއެވެ:

❞ އަހަރެން ދެކެނީ، މިއީ (ޞައްޙަކަމުގައި) ޙަސަން ޙަދީޘެއް ކަމުގައެވެ.

މިޙަދީޘާއި މެދު، އިމާމް މާލިކު ވިދާޅުވިއެވެ: ”ފަހެ އެމީހެއް ފުށު ހެވެއް ނުވާ މީހެއް، ޤުރުއާން ކިޔަވަފާނެއެވެ. މިޒަމާނުން މިފެންނަ ޙަޤީޤަތީ، މިޙަދީޘް ގެ މާނައިގެ ޞައްޙަކަމުގެ މައްޗަށްވާ ސާފު ދަލީލެއް ފަދައެވެ. “

އަދި އިހުގެ ބޭފުޅުންގެ ބަސްތަކުން އައިސްފައި ވެއެވެ: ”ހަމަކަށަވަރުން، އެވެރިންގެ ފިޤުހުވެރީން މަދު، ޤާރީވެރިން ގިނަ، އެއިރެއްގައި ޤުރުއާނުގެ އަކުރުތައް ހިތުދަސް ކޮށް، އޭގެ ޙައްދުތައް ދޫކުރަނިވި ޒަމާނެއް، މީސްތަކުންގެ މައްޗަށް އަންނާނެތެވެ.“ ❝

އިބްނު ޢަބްދުލް ބައްރު، "އަލްއިސްތިޒްކާރް" (8/91 10582) ގައި، މިޙަދީޘް ޛިކުރު ކުރެއްވުމަށް ފަހު ވިދާޅުވިއެވެ:

”އަހަރެމެންގެ މިޒަމާނުގައި ޝަހަރުތަކާއި އެނޫން ތަންތަނުގައި ޤުރުއާން ތިލާވަތް ކުރުން ގިނަވެ އެހެނަސް އެޤުރުއާނުގެ ޙައްދުތައް ވީއްލި، އޭގެ އަހުލުންގެ ފާސިޤުވުން ތިބާއަށް ⌝ހެއްކަކަށް⌜ ފުދެއެވެ. ﷲ ގަންދީބުނަމެވެ. އެއިލާހުގެ ޙިމާޔަތާއި ތަޥްފީޤަށް އަދި ރަޙްމަތަށް އެދެމުއެވެ. އެހެނީ އެއީ އެއިލާހުފުށުން ⌝އެކަނި⌜ ވާ އެއްޗެކެވެ. އެއިލާހަށް ޝަރީކަކު ނުވެއެވެ.“


އަހަރެން (އަލްޙާޔިކް) ބުނަމެވެ: ”އެކަލޭގެފާނަށް އަހަރެމެންގެ މިޒަމާން ފެނިވަޑައިގެންނެވިނަމަ، ކޮންފަދައަކުން ވެލެއްވީހެވެ؟

ولا حول ولا قوة إلا بالله.“


— އައްޝެއިޚް އަލްމުޙައްދިޘް ޑރ. ޚާލިދުލް ޙާޔިކު

~ ގަލަންދާނު


-----------------
[1] ރިވާކުރެއްވީ އަޙްމަދާއި އަލްބައިހަޤީ އާއި އައްޠަބަރާނީ، އަދި އެނޫން ބޭފުޅުންނެވެ. އައްސަޢްދު ވިދާޅުވިއެވެ: ” ⌝ގިނަ⌜ މަގުތަކަކުން އެ ރިވާވެފައިވެއެވެ. ފަހަރެއްގައި އެކަތި އަނެކަތިން އެވަރުގަދަ ކޮށްދެވިދާނެއެވެ.“ އަލްއަރްނައޫތާއި އަލްއަލްބާނީ އަދި އެނޫން ބޭކަލުން އެ ޞައްޙަކުރެއްވިއެވެ.

Читать полностью…

Galandān ގަލަންދާނު

Ibn 'Irāq Al-Kanānī said:

❝ Al-Lālakāī narrated, in ⌜his book⌝ Al-Sunnah ⁽¹⁾, from ‘Amr ibn Dīnār (d. 126H), who said:

I have met nine from the companions of the Prophet ﷺ, that said: “Whoever says: the Qur’ān is created— then he is a kāfir.” ⁽²⁾

And ‘Uthmān Al-Dārimī narrated likewise, from 'Amr:

“I have met companions of the Prophet ﷺ, since seventy years ⌜back⌝, who said: “Allah is the Creator and whatever is besides Him is created, and Qurʾān is the speech of Allāh. From Him did it emanate and to Him shall it return.”

— verily these two ⌜narrations⌝ are ṣaḥīḥ. ❞

— “Tanzīh Al-Sharī‘ah Al-Marfū‘ah, ‘An Al-Akhbār Al-Shanī‘ah Al-Mawdū‘ah” (1/136) ⁽³⁾

~ Galandān

Читать полностью…

Galandān ގަލަންދާނު

📌 ގަލަންދާނު ޓްވިޓަރ އެކައުންޓަށް ސަބްސްކްރައިބް ކުރައްވާ.

https://twitter.com/galandhaan

Читать полностью…

Galandān ގަލަންދާނު

(އެހެން ޕްލެޓްފޯމް ތަކަށް ޝެއަރ ކުރައްވާއިރު، HD ފޮޓޯ ޝެއަރ ކުރެއްވުން އެދެން.)

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

[ފޮޓޯ 2] އަންހެނާގެ އިޙްރާމް (hd ލިންކް)
~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

[ފޮޓޯ 1] ފިރިހެނާގެ އިޙްރާމް (hd ލިންކް)
~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

📌 «Al-Adab Al-Mufrad» of Imām Al-Bukhārī, Read and annotated by Shaykh Al-Muḥaddith 'Abdullah Al-Sa'd

(Transcript, edited and published as a book by his student Aḥmad bin 'Abdur-Razzāq Al-'Anqarī)

990 pages (Arabic)
Uncompressed pdf (428 mb)
(Source)

Читать полностью…

Galandān ގަލަންދާނު



ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ – رحمه الله تعالى – "އަލްމަޖްމޫޢު" 13/48-49 ގައި ވިދާޅުވިއެވެ:

”އަދި ⌝ޚަވާރިޖުން⌜ އެވެރިންގެ ގާތު ޤުރުއާނުގެ ބޭރުފުށުގެ މާނަ ދޭހަވާ އެއްޗާއި ޚިލާފު ނުވާ ގޮތުގައި ޖުމްލަކޮށް ތަފްސީރުކުރެވޭ އެއްޗެއްގައި މެނުވީ، ސުންނަތުގައި ނުހިފައެވެ. ވީމާ (އިހުގެ ބަޔެއް ޚަވާރިޖުން) ޒިނޭ ކުރާ މީހާ ރަޖަމު ނުކުރެތެވެ. އަދި ވައްކަމުގައި ނިޞާބު ވާކަމަށް ނުދެކެއެވެ. ހަމަ އެގޮތުން ބުނެވިދާނެއެވެ: ޤުރުއާނުގައި މުރުތައްދުން މަރާކަށް ނެތެވެ. ވީމާ މުރުތައްދުންގެ ދެވައްތަރެއް އެވެރިން ނަޒަރުގައި ތިބެދާނެއެވެ.

އަދި ⌝ޚަވާރިޖުންގެ ޤަޥްލުތައް⌜ އަހަރެމެންނަށް އެނގިފައިވަނީ މީސްމީހުން އެވެރިން ފުށުން ނަޤުލު ކުރާ އެއްޗަކުންނެވެ. މުޢުތަޒިލާއިންނާއި ރާފިޟީންނާއި ޒައިދީންނާއި ކަރާމިއްޔާއިން ނާއި، އަޝްޢަރިއްޔާއިންނާއި، ސާލިމިއްޔާއިންނާއި ހަތަރު މަޛުހަބުގެ އަހުލުންނާއި ޡާހިރިއްޔާއިންނާއި އަހުލުލް ޙަދީޘް ގެ މަޛުހަބުތަކާއި ފަލްސަފާވެރިންނާއި ޞޫފީންނާއި އެފަދަ އެހެން މީހުންގެ ފުށުން އެވެރިންގެ ފޮތްތައް އަހަރެމެންނަށް ފޯރާފައިވާ ފަދައިން ޚަވާރިޖުންގެ ފޮތެއް އަހަރެމެންނަކަށް ފޯރާފައެއް ނުވެއެވެ.“ ⁽²⁾




-------------------------

[2] އަހަރެން ބުނަމެވެ: އަދި އަހަރެމެންގެ ތެރޭގައި ޚަވާރިޖުން އެވެރިން އެބަޔަކަށް ބުރަވާ ޢިލްމުވެރިޔެއް އަދި ފޮތެއް ނުވެއެވެ. އެއީ އަހަރެމެން ތަރުޖަމާ ކުރި ފޮތެއް މެނުވީއެވެ. ނޫނީ އަހަރެމެންގެ އަޚުން ތަރުޖަމާ ކުރި ފޮތެކެވެ. އެއިން ޒިންދީޤު ޚަވާރިޖެއް ބުންޏެވެ: އަހަރެންގެ ޝެއިޚަކީ ޙާޒިމީއެވެ. އެހެނަސް ޙާޒިމީ ވަނީ ޔޫސުފުގެ ލެއިން ވަލުކުއްތާ ބަރީޢަވެގަތް ފަދައިން އެކަމުން ބަރީޢަވެގެން ނެވެ. މިވެރިންގެ ޤަޥްލަށް އެއްބަސްވާ ޢިލްމުވެރިއެއް ނުވެއެވެ. އެހެންކަމުން އެއަކަށް ރުޖޫޢަވާނޭ އެންމެ ފަތުވާއެއްވެސް މިވެރިންނަކަށް ނެތެވެ. ދެން ޢިލްމުވެރިންގެ ފަތުވާތަކުން ޖުމްލައެއް ނުވަތައެއިން ބަޔެއް އެވެރިން ވަގަށް ނަގައެވެ. އަދި އެޔަށް ތައުވީލުކޮށް ކަންކަމުގައި ފަތުވާ ހަދައެވެ. އެހެނަސް އެ ޢިލްމުވެރިންގެ ޞަރީޙަ ފަތުވާތައް އެބުނާ ޖުމްލައެއްގެ މައްޗަށް ޚަވާރިޖުންގެ ކޮށި ވިސްނުމަށް ނިންމި ނިންމުމާއި ޚިލާފެވެ. އަދި ޢަލީ އަލްޚުޟައިރުއަށް ނިސްބަތްވި މިފަދަ މީހެއްގެ ވާހަކަ އަހަރެމެން ވާނީ ކުރިން ގެނެސްދީފައެވެ.

ﷲ މިބައިމީހުންނަށް ހިދާޔަތް ދައްކަވައި ޙައްޤަށް މަގުދައްކަވާށިއެވެ. އަދި އެވެރިންގެ ނުބައިން މުސްލިމުން މިންޖުކުރައްވާށިއެވެ.

Читать полностью…
Subscribe to a channel