•••
{وَٱلَّذِينَ لَا يَشۡهَدُونَ ٱلزُّورَ وَإِذَا مَرُّواْ بِٱللَّغۡوِ مَرُّواْ كِرَامًا} (الفرقان 72)
”އަދި އެމީހުން [އެބަހީ: ރަޙްމާންވަންތަ اللّه ގެ އަޅުތަކުން] زُوْرُ އަކަށް ޙާޟިރު ނުވާނެއެވެ. އަދި އެމީހުންނާއި لَغْوُ އަކާއި ދިމާވެއްޖެއްޔާ ރަނގަޅު މާތްގޮތަކުން އެކަމުން ދުރުވެގަނެއެވެ. [އެކަމުގެތެރެއަށް ވަދެ އެކަމާ ބައިވެރިނުވެއެވެ.]“
❞ ދަންނައެވެ. މިއާޔަތުގައި މި ބަޔާން ވެގެންވާ زُورُ މި ލަފްޡު އާއިމެދު ދަންނަބޭކަލުން ބަސްތަފާތެވެ. އެއީ ޝިރްކު ކަމުގައި ބުނެވުނެވެ. ނުވަތަ ލަވަ ނުވަތަ ދޮގުބަސް - ނުވަތަ ކުޅިވަރު - ނުވަތަ ދޮގުހެކިދިނުން - އަދި މިނޫންގޮތްގޮތަށްވެސް ތަފްސީރު ކުރެވިފައިވެއެވެ. އެންމެ ޢަދުލުވެރިގޮތެއްކަމަށް أَبُوجَعْفَرُرالطَّبرى ވިދާޅުވަނީ ބާޠިލް ކޮންމެ ކަމެކެވެ. واللّه أعلم. އަދި ހަމައެފަދައިން لَغْوُ މި ލަފުޡު ގެ މާނައިގައިވެސް ތަފާތު ބަސްވެއެވެ. އެއްވެސް އަޞްލެއް ވަސްލެއްނެތް ބާޠިލު ކޮންމެ ކަމެކެވެ. އޭގެތެރޭގައި މުޝްރިކުން އެމީހުންގެ އިލާހުންތަކަށް މާތްކޮށްހިތުން - ލަވައަޑުއެހުން - އަދި މިނޫންވެސް މިބާވަތުގެ ކަންކަމެވެ. واللّه أعلم. ❝
— ހިންނަވަރު ޝެއިޚް، އަބޫ ބަކުރު އިބްރާހީމް ޢަލީ (ބަކުރުބެ) رحمه الله ގެ ޤުރުއާން ތަރުޖަމާއިން.
~ ގަލަންދާނު
⚠️
This is a mistake I have made in this print, may Allah forgive me. It should be as known and clear from the text of the ḥadīth thrice [x3]
Insha Allah , we will repost it with corrections.
~ ގަލަންދާނު
Ottoman Soldiers With Black Regimental Banner [Surah Al-Nisa 4:77) In the First Battle for Gaza, 1917 CE.
Читать полностью…①
📌A summary on the status of the narrations that mentions fasting on Thursdays.
1. Shaykh Ṣāliḥ Al-‘Uṣaymī (source)
“Fasting on Monday is desirable according to the Sunnah and ijmā’ (consensus). As for fasting on Thursday, it is desirable by ijmā’ excluding the Sunnah, since no ḥadīth have been proven from the Prophet in this regard.”
2. Shaykh ‘Abdullah Al-Sa’d (source)
“[ḥadīth on fasting on Thursdays] is weak (dha‘īf). It got a number of chains, but are not free from weakness. It was declared weak [by some Imāms of ḥadīth] one of them is Muslim, (as declared) in his ⌜book⌝ Al-Ṣaḥīḥ.”
3. Shaykh Sulaymān Al-‘Alwān (source)
Question: What is the grade of Al-Tirmidhī’s narration⁽¹⁾ of the ḥadīth: “Deeds are presented on Monday and Thursday, and I love that my deeds be presented while I am fasting.”?
Answer: That which is preserved in this report is that the Prophet ﷺ said:
“Deeds are presented to Allah every Monday and Thursday, and Allah forgives every Muslim who does not associate with Allah —except two people — [who quarreled among themselves], and Allah says: “Leave these two, until they both reconcile.”⁽²⁾
And what is preserved is that the Prophet ﷺ used to fast on Mondays, so he said: «It was the day on which I was born» ⁽³⁾ and (The deeds are presented before Allah...) to the end of the hadith, and the report (on fasting in Mondays) is in Muslim. This legislates fasting in it.
As for fasting on Thursday, I do not know of a narration which is authentic in this. The narrations mentioning fasting on Thursday are defective (ma'lūl) according to my knowledge.
Nevertheless, whoever fasts on Thursday relying on the fatwā of a scholar or on the authentication of someone who authenticated the report — as there are those who authenticated this — then there is no blame on him for this action.
As for a person who is not ⌜following a verdict or authentication of a scholar⌝, who says: “I am strongly looking into the directions of the ḥadīth.” : That which appears to me —and knowledge is with Allah— is that the report about fasting on Thursday is weak, and it is not proven except for Monday.”— End of Fatwa, Al-‘Alwān.
-----------------------
[1] See: Al-Tirmidhī 747
[2] This narration, as quoted by sheikh,
(تعرض الأعمال على الله في كل اثنين وخميس فيغفر الله لكل مسلمٍ لا يشرك بالله شيئا إلا رجلين [متشاحنين] فيقول: دعوهما حتى يصطلحا).
is mixed from Sunan 'Abdul Razzāq and others. The origin of its text is in Ṣaḥīḥ Muslim (see)
[3] See: Muslim 1162b
③
މަޥްސޫޢަތުލް އިޖްމާޢި، ފީ ފިޤްހިލް އިސްލާމިއްޔި (2 / 468-469) ގެ ބާބު:
سقوط حق الأم في الحضانة إذا تزوجت
📌 މައިމީހާ ހުސްހަށިބައި ކެނޑިއްޖެނަމަ، ޙަޟާނާ (ޅަދަރީގެ ބަލަދުވެރި)ކަމުގެ މައްޗަށްވާ ޙައްޤު އެކަނބުލޭގެފުށުން ކެނޑިގެން ދިޔުމުގެ މައްޗަށްވާ އިޖުމާޢު
މައިމީހާ ކައިވެންޏެއް ކޮށްފިނަމަ ޙަޟާނާ ގެ މައްޗަށް އެކަނބުލޭގެއަށް ލިބިފައިވާ ޙައްޤު ކެނޑިގެން ދެއެވެ. އަދި އެއަށް ދައުވާ ކުރުމުގެ ޙައްޤެއް އެކަނބުލޭގެއަކަށް ދެން ނުވެއެވެ. މިކަމުގެ މައްޗަށް އިޖުމާޢު ނަޤުލު ވެވިފައި ވެއެވެ.
އިޖުމާޢު ނަޤުލު ކުރެއްވި ބޭފުޅުންނީ:
1. އިބްނުލް މުންޛިރު (318 ހ.) މިގޮތުން ވިދާޅުވިއެވެ: ”އެބައެއްގެ ފުށުން އަހަރެމެން އެދުރުވި އެންމެހައި ޢިލްމުވެރިން އިޖުމާޢު ވެލައްވާފައިވަނީ، ދެމަފިރިން ވަރިވެއްޖެ ނަމަ، އަދި އެދެވެރިންނަށް ދަރިއަކު ވާނަމަ، މީހަކާއި ނުއިންނަހާ ހިނދަކު އެދަރިއަށް ޙައްޤު ކަން ބޮޑީ މައިމީހާ ކަމެވެ.“ ⁽¹⁾
އެބަސްފުޅު އެކަލޭގެފާނުގެ އަރިހުން ޛިކުރު ކުރެއްވި ބޭކަލުން ތެރޭ: އިބްނު ޤުދާމާ ⁽²⁾، އަލްޤުރުޠުބީ ⁽³⁾، އަދި އައްޞަންޢާނީ ⁽⁴⁾ ހިމެނިވަޑައިގެންނެވިއެވެ.
އަދިވެސް (އިބްނުލް މުންޛިރު) ވިދާޅުވެފައި ވެއެވެ: ”މައިކަނބުލޭގެ މީހަކާ އިނދެއްޖެ ނަމަ، ދަރީގެ މައްޗަށް ޙައްޤެއް ނުވާ ކަމުގެ މައްޗަށް އެއުރެން (ޢިލްމުވެރިން) އިޖުމާޢުވެލެއްވިއެވެ.“⁽⁵⁾ އަދި އެކަލޭގެފާނުގެ އަރިހުން އެބަސްފުޅު އަލްޤުރުޠުބީ ނަޤުލުކުރެއްވިއެވެ. ⁽⁶⁾
2. އަލްޚައްޠާބީ (388 ހ.) މިގޮތުން ވިދާޅުވިއެވެ: ”މައިމީހާ ކައިވެންޏެއް ނުކުރާހާ ހިނދަކު، ބައްޕަގެ މައްޗަށް ކުޑަ ދަރިފުޅުގެ ޙައްޤު އިސްވެގެންވަނީ މައިމީހާއަށް ކަމާއި މެދު އެބޭކަލުން އިޚްތިލާފުވެވަޑައި ނުގަންނަވައެވެ.“ ⁽⁷⁾
3. އިބްނު ޢަބްދުލް ބައްރު (463 ހ.) މިގޮތުން ވިދާޅުވިއެވެ: ”ވަރިވެފައިވާ އަންހެނެއް، ކައިވެންޏެއް ނުކޮށް ހުރެއްޖެނަމަ، ދަރީގެ ބައްޕައަށް ވުރެ ދަރީގެ މައްޗަށް ޙައްޤުކަން ބޮޑީ އެކަނބުލޭގެއަށް ކަމާއި މެދު، ސަލަފުންގެ ޢިލްމުވެރިން ތެރޭގައި އަދި ޚަލަފުން ފުށުންވެސް ޚިލާފެއްވާކަމަކަށް އަހަރެންނަށް އެނގިފައި ނުވެއެވެ. މިއީ އެ ކުއްޖާ އަކީ ކުޑަ އަދި ތަމައްޔަޒު އުމުރަށް ނުފޯރާހާ ހިނދުގައެވެ. އެކަނބުލޭގެ ގާތު ބޯހިޔާވަހިކަމަކާއި ކިފާޔަތް ފުދޭ މިންވަރު ވާނަމައެވެ. އަދި އެކަނބުލޭގެ ފުށުން ފިސްޤު ޘާބިތުވެފައިނުވާ ނަމައެވެ. އަދި ކައިވެނި ނުކުރާނަމައެވެ.“ ⁽⁸⁾ އަދި އެކަލޭގެފާނުގެ އަރިހުން އަލްޤުރުޠުބީ މިއިޖުމާޢު ނަޤުލުކުރެއްވިއެވެ. ⁽⁹⁾
4. އިބްނު ހަބައިރާ (560 ހ.) މިގޮތުން ވިދާޅުވިއެވެ: ”އަދި ކައިވެންޏެއް ނުކުރާހާ ހިނދަކު، އަލްޙަޟާނާ ވަނީ މަންމައަށް ކަމާއި މެދު އެއުރެން އިއްތިފާޤުވެލެއްވިއެވެ.“ ⁽¹⁰⁾ އަދިވެސްވިދާޅުވިއެވެ: ”އަދި ދަރީގެ މަންމަ ކައިވެންޏެއް ކޮށް އޭނާގެ ⌝އަލަތު⌜ ފިރިމީހާ އޭނާއާއި ރޭ ކޮށްފިނަމަ، ޙަޟާނާ ގެ ޙައްޤު އެކަނބުލޭގެފުށުން ނެއްޓިގެންދާނޭ ކަމަށް އެއުރެން އިއްތިފާޤުވެލެެއްވިއެވެ.“ ⁽¹¹⁾ އަދި އެކަލޭގެފާނުގެ އަރިހުން މިބަސްފުޅު، އިބްނު ޤާސިމް ނަޤުލު ކުރެއްވިއެވެ. ⁽¹²⁾
ޢަމްރު ބުނު ޝުއައިބު، އެކަލޭގެފާނުގެ ބައްޕަ، އެކަލޭގެފާނުގެ ކާފަ، މި އިސްނާދުގެ ސިލްސިލާ އަށް ނަޒަރެއް
މި ސިލްސިލާގައި ޢިލްމުވެރިން ޚިލާފުވެފައިވާ މައިގަނޑު އެއް ކަމަކީ، ޢަމްރު ބުނު ޝުޢައިބު > ބައްޕަ (ޝުޢައިބު) > ކާފަ (؟) މިތާގައި ކާފަ އޭ މިވިދާޅުވަނީ، ކޮންބޭކަލަކަށްތޯ އާއި މެދުގައެވެ.
🔻🔻
•••
ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވިއެވެ:
❞ ⌝ޝަރުޢީ⌜ އަޙްކާމް ތަކުގެ އެއްވެސް ކަމެއްގައި، މައިމީހާގެ ގާތްތިމާގެ މީހުން އިސްވެގެން ނުވެއެވެ. އަދިކިއެއްތަ؟ އެއްމެހާއަޙްކާމް ތަކެއްގައި މައިމީހާގެ ގާތްތިމާގެ މީހުންނަށް ވުރެ ބައްޕަގެ ގާތްތިމާގެ މީހުން އިސްވެގެން ވެއެވެ. ޅަދަރީގެ ބަލަދު އެރުމުގައިވެސް ހަމައެފަދައެވެ. ❝
أقارب الأم لم يقدَّموا في شيء من الأحكام؛ بل أقارب الأب أولى من أقارب الأم في جميع الأحكام، كذلك في الحضانة.
📚 جامع المسائل | لابن تيمية ٣٤٤/٢
~ ގަލަންދާނު
•••
Abul 'Abbās ibn Taymiyyah رحمه الله said:
❝ If a created being bestowed upon you a favour, you are able to compensate the favour. And his favour does not last upon you. Rather, he has to bid you farewell and cutting it off from you. You are also able to do without it. As for Allah عز وجل, you cannot compensate Him for His blessings upon you. And if He blesses you, He will perpetuate His blessings. {And He is the One Who enriches and impoverishes.} Indeed you cannot withstand without Him, even for the blink of an eye. ❞
See: Jāmi' Al-Masāil of ibn Taymiyyah (1/120) and Futyā Fī Ṣīghah Al-Ḥamd of Ibn Al-Qayyim (p. 18)
This is from an on going translation of a work of Shaykh al-Muḥaddith 'Abdullah Al-Sa'd — May Allah aid us to complete it soon. 🔻
ހުކުރު ދުވަހުގެ ފަތިސް ނަމާދުގައި ”އައްސަޖިދާ“ އަދި ”އަލްއިންސާން“ ސޫރަތް ކިޔެވުމީ ސުންނަތުގެ ތެރެއިން ހިމެނޭ ކަމެކެވެ. މިކަން ދެޞަޙީޙުގައި ރިވާވެފައިވެއެވެ. އަބޫ ހުރައިރާ رضي الله عنه އަރިހުން: ނަބިއްޔު ﷺ ހުކުރު ދުވަހުގެ ފަތިސް ނަމާދުގައި ކިޔަވައި ވިދާޅުވެޔޭ: {الم * تَنْزِيلُ} އައްސަޖިދާ ސޫރަތް، އެންމެ ފުރަތަމަ ރަކުޢަތުގައި، އަދި ދެވަނަ ރަކުޢަތުގައި {هَلْ أَتَى عَلَى الإِنْسَانِ} (އަލްއިންސާނު ސޫރަތް).
~ ޝެއިޚް ޢަބްދު الله އައްސަޢްދު
”އެއުރެންގެ ގެދޮރުންނާއި، އެއުރެންގެ މުދަލުން ނެރެލާފައިވާ فقير مهاجر ންނަށް (އެ فَىء މުދަލުގައި) حق އެއްވެއެވެ. އެއުރެންނީ اللَّه ގެ حضرة ން فضل ވަންތަވެރިކަމާއި، ރުހިވޮޑިގަތުން އެދޭ މީހުންނެވެ. އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް نصر ދޭ މީހުންނެވެ. އެއުރެންނީ ހަމަ ތެދުވެރިންނެވެ....
...އަދި އެއުރެންގެ ފަހުން އައި މީހުން ބުނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށާއި، އަދި އަޅަމެންނަށްވުރެ ކުރިން إيمان ވި، އަޅަމެންގެ أخ ންނަށް ފާފަފުއްސަވާނދޭވެ! އަދި إيمان ވި މީހުންނަށް އަޅަމެންގެ ހިތްތަކުގައި حسد ވެރިކަމެއް ނުލައްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ނުހަނު އޯގާވަންތަ، رحيم ވަންތަ ރަސްކަލާނގެއެވެ.“
{سورة الحشر}
~ ގަލަންދާނު
🔻🔻
❞ ދެންފަހެ އެއުރެންނަށް ޚާއްޞަ ކުފުރުގެ ޙަފުލާ ތަކުގައި (ކާފަރުންނަށް) ތަހުނިޔާ ކިޔުމަކީ، (ޢިލްމުވެރިންގެ) އިއްތިފާޤުން ޙަރާމް ވެގެންވާ ކަމެކެވެ. އޭގެ މިޘާލަކީ، އެބައިމީހުންގެ ޢީދުތަކާއި ރޯދަތަކުގައި، ތަހުނިޔާއަށް ”ބަރަކާތްތެރި އީދެއް ތިބާއަށް އެދެން“ ނުވަތަ ”އުފާވެރި ޢީދަކަށް އެދެން“ އަދި މިފަދަ އިބާރާތަކުން ތަހުނިޔާ ކިޔުމެވެ. ފަހެ މިފަދަ މީހާ (އެޢަމަލުގެ ސަބަބުން) ކުފުރުން ސަލާމަތް ވެއްޖެޔަސް، އެކަންވަނީ (އަދިވެސް) ޙަރާމުގެ ތެރެއިންނެވެ. އަދި އެއީ ޞަލީބަށް ސަޖިދަ ކުރުމުން ތަހުނިޔާ ކިޔުމާއި އެއްފަދަ ކަމެކެވެ. އަދި ކިޔެއްތަ؟ ރާ ބުއިމާއި، ނަފުސެއް ޤަތުލުކުރުމާއި، ޙަރާމްވެގެންވާ ފަރުޖަކަށް އަރައިގަތުމާއި މިބީދައިން ކަމެއްގެ ސަބަބުން މީހަކަށް ތަހުނިޔާ ކިޔުމަށް ވުރެން، އެކަންތައް ﷲ ގެ ޙަޟުރަތުގައި ފާފަ ބޮޑުވެގެން ވެއެވެ. އަދި ނުރުއްސެވުމުގައި ވަރުގަދައެވެ. އަދި އެމީހެއްގެ ފުށުގައި ދީނަށް ޤަދަރެއް ނެތް އެތައް ބަޔަކު، މިކަމުގައި ހޭކެއެވެ. އަދި އެކުރި ޢަމަލުގެ މުޑުދާރުކަންވެސް ނުދަނެއެވެ.⁽¹⁾ ފަހެ މީހެއް ކުރާ ފާފަޔަކަށް ނޫނީ ބިދުޢަތަކަށް ނޫނީ ކުފުރަކަށް ތަހުނިޔާ ކިޔައިފި މީހެއް ވަނީ، ހަމަކަށަވަރުން ވެސް ﷲ ގެ ކޯފާ އާއި ނުރުއްސެވުމާއި ކުރިމަތިވެފައެވެ. ❝ — انتهى كلامه - رحمه الله
— އަލްއިމާމް އިބްނުލް ޤައްޔިމް رحمه الله
(أحكام أهل الذمة ، ޞ. 1/441)
~ ގަލަންދާނު
------------------
[1] ކުރިސްމަސް އަކީ، ﷲ އަށް ދަރިޔެއް ލިބުނު ކަމަށް ބުނެ، ނަޞާރާއިން ފާހަގަ ކުރާ ޢީދެކެވެ. އަދި އެއަށް ތަހުނިޔާ ކިޔުމަކީ، ހުސްޠާހިރުވަންތަ އިލާހުގެ އެއްކައުވަންތަކަން އިންކާރުކުރުމުން ދެވޭ ތަހުނިޔާއެކެވެ.
•••
އަލްބުހޫތީ ވިދާޅުވިއެވެ:
❞ ⌝ޢިލްމުވެރީންގެ⌜ ދެބަސްވުމެއް ނެތް ގޮތުގައި، ހުކުރު ނަމާދުގެ އާޚިރު ވަޤުތަކަކީ، މެންދުރު ނަމާދުގެ އާޚިރުވަޤުތެވެ.❝ اهـ. ”ކައްޝާފުލް ޤިނާޢި“ (2/28)
އަހަރެން ބުނަމެވެ: ވީމާ އިރުމެދުން ވީއްލުމަށްފަހު، މެންދުރު ވަޤުތު އަވަދިނުވަނީސް ހުކުރުކޮށްފި މީހާ، ވަޤުތުން ބޭރުވެއްޖެކަމަށް ބުނުމީ އިޖުމާޢުއާ ޚިލާފުވުމެކެވެ.
ފަހެ އެނަމާދުގެ ވަޤުތަކީ މެންދުރުނަމާދު ވަޤުތުކަމާއި އިރުމެދުން ނެއްޓުމަށް ފަހުގައި ކަމުގެ މައްޗަށް އިޖުމާޢު ގެންނެވި ބޭކަލުންގެ ތެރޭ: އިބްނުލް މުންޛިރު⁽¹⁾ އާއި، އިބްނު ޢަބްދުލް ބައްރު⁽²⁾ އާއި، އިބްނުލް ޢަރަބީ⁽³⁾ އާއި، އިބްނު ޤުދާމާ⁽⁴⁾ އާއި އައްޒައިލަޢިޔު⁽⁵⁾ އަދި އައްޒަރްކަޝިއްޔު⁽⁶⁾ ހިމެނިވަޑައިގަންނަވައެވެ.
އިބްނު ޢަބްދުލް ބައްރު ވިދާޅުވިއެވެ: ”މެންދުރު ނަމާދުގެ ވަޤުތުގެ ތެރޭގައި ⌝ހުކުރު⌜ ކޮށްފިނަމަ، އެނަމާދުގެ ވަޤުތުގައި އެނަމާދު އަދައުކޮށްފި ކަމުގެ މައްޗަށް އެއުރެން (އެބަހީ: ޢިލްމުވެރިން) އިޖުމާޢުވެލެއްވިއެވެ.“
~ގަލަންދާނު
--------
(1) الأوسط 3/48
(2) التمهيد 8/73
(3) عارضة الأحوذي 2/292
(4) المغني 2/219
(5) تبيين الحقائق 1/219
(6) شرح الزركشي على مختصر الخرقي 2/164
•••
❞ މި އަދު މި ވަނީ، ހަނގުރާމައިގެ ވައްޓަފާޅި އާއި ގޮތާއި ބާވަތް މުޅިން ބަދަލުވެފައެވެ. ކަނޑި އައްޑަނަ އާއި ލޮންސި އާއި ތީރު ފަދަ އާލާތްތަކުގެ ބަދަލުގައި މިއަދު ހަނގުރާމަ މަތީ މަތިންދާބޯޓުފަހަރާއި، މިސައިލާއި، ޓޭންކާއި މަނަވަރުފަހަރާއި ސަބްމެރީނާއި އެކި ފާޑުގެ ބަޑިތަކާއި، މިފަދަ ޒަމާނީވަސީލަތްތައް ހަނގުރާމައިގައި އަންނަނީ ބޭނުންކުރެވެމުންނެވެ. ވީއިރު، {وَأَعِدُّواْ لَهُم مَّا ٱسۡتَطَعۡتُم مِّن قُوَّةٍ} (އެބަހީ: އެއުރެންނާ ދެކޮޅަށް ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބާރެއް ތިޔަބައިމީހުން ތައްޔާރު ކުރާށެވެ!) މިފަދައިން ކީރިތި ޤުރްއާނުގައި އަންގަވައި، މާތް ﷲ އަމުރު ކުރައްވައިފައިވާ ބަސްފުޅަށް ތަބާވުމުގެ ގޮތުން، މުސްލިމުން މިއަދު ހަނގުރާމައިގެ ޒަމާނީ ވަސީލަތްތަކަށް އަހުލުވެރިވެ، އެ ތަކެތި އުފައްދާ ބަޔަކުކަމުގައި ވުން ކޮންމެހެން ވެސް ލާޒިމެއެވެ. އެއީ މިއަދު ޣައިރުމުސްލިމުން އެފަދަ ހަތިޔާރުތަކުގެ ބިރުދައްކައި، މުޅިދުނިޔެއަށް ހަންފަތުރައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުން މަރައި، މީސްތަކުންނަށް އަނިޔާ ކުރަމުންދާ ހިނދު، އެކަންކަން ހުއްޓުވޭނީ އަދި އިސްލާމްދީން މަތިވެރިކޮށް، ދުނިޔޭގައި އެ ދީނުގެ ދިދަ ވިހުރައިލެވޭނީ، އެބައިމީހުންނަށްވުރެ މުސްލިމުން މި ދާއިރާއިން ކުރިއަރައިގެން ކަމުގައިވާތީއެވެ. ❝
— އަޙްމަދް ފާރޫޤު މުޙައްމަދު
(ރިޔާޟުއްޞާލިޙީން، ދިވެހިތަރުޖަމާ ޞ. 1121 ، އިސްލާމިކް މިނިސްޓްރީގެ ފުރަތަމަ ޗާޕު.)
~ ގަލަންދާނު
«أكثرُ منافقي أُمَّتِي قُرَّاؤُها» (ތިމަންކަލޭގެފާނުގެ އުއްމަތުގެ މުނާފިޤުންގެ ގިނަބައިގަނޑީ އޭގެ ޤާރީ ވެރިންނެވެ.)⁽¹⁾
އަލްޙާޔިކު ވިދާޅުވިއެވެ:
❞ އަހަރެން ދެކެނީ، މިއީ (ޞައްޙަކަމުގައި) ޙަސަން ޙަދީޘެއް ކަމުގައެވެ.
މިޙަދީޘާއި މެދު، އިމާމް މާލިކު ވިދާޅުވިއެވެ: ”ފަހެ އެމީހެއް ފުށު ހެވެއް ނުވާ މީހެއް، ޤުރުއާން ކިޔަވަފާނެއެވެ. މިޒަމާނުން މިފެންނަ ޙަޤީޤަތީ، މިޙަދީޘް ގެ މާނައިގެ ޞައްޙަކަމުގެ މައްޗަށްވާ ސާފު ދަލީލެއް ފަދައެވެ. “
އަދި އިހުގެ ބޭފުޅުންގެ ބަސްތަކުން އައިސްފައި ވެއެވެ: ”ހަމަކަށަވަރުން، އެވެރިންގެ ފިޤުހުވެރީން މަދު، ޤާރީވެރިން ގިނަ، އެއިރެއްގައި ޤުރުއާނުގެ އަކުރުތައް ހިތުދަސް ކޮށް، އޭގެ ޙައްދުތައް ދޫކުރަނިވި ޒަމާނެއް، މީސްތަކުންގެ މައްޗަށް އަންނާނެތެވެ.“ ❝
އިބްނު ޢަބްދުލް ބައްރު، "އަލްއިސްތިޒްކާރް" (8/91 10582) ގައި، މިޙަދީޘް ޛިކުރު ކުރެއްވުމަށް ފަހު ވިދާޅުވިއެވެ:
”އަހަރެމެންގެ މިޒަމާނުގައި ޝަހަރުތަކާއި އެނޫން ތަންތަނުގައި ޤުރުއާން ތިލާވަތް ކުރުން ގިނަވެ އެހެނަސް އެޤުރުއާނުގެ ޙައްދުތައް ވީއްލި، އޭގެ އަހުލުންގެ ފާސިޤުވުން ތިބާއަށް ⌝ހެއްކަކަށް⌜ ފުދެއެވެ. ﷲ ގަންދީބުނަމެވެ. އެއިލާހުގެ ޙިމާޔަތާއި ތަޥްފީޤަށް އަދި ރަޙްމަތަށް އެދެމުއެވެ. އެހެނީ އެއީ އެއިލާހުފުށުން ⌝އެކަނި⌜ ވާ އެއްޗެކެވެ. އެއިލާހަށް ޝަރީކަކު ނުވެއެވެ.“
އަހަރެން (އަލްޙާޔިކް) ބުނަމެވެ: ”އެކަލޭގެފާނަށް އަހަރެމެންގެ މިޒަމާން ފެނިވަޑައިގެންނެވިނަމަ، ކޮންފަދައަކުން ވެލެއްވީހެވެ؟
ولا حول ولا قوة إلا بالله.“
— އައްޝެއިޚް އަލްމުޙައްދިޘް ޑރ. ޚާލިދުލް ޙާޔިކު
~ ގަލަންދާނު
-----------------
[1] ރިވާކުރެއްވީ އަޙްމަދާއި އަލްބައިހަޤީ އާއި އައްޠަބަރާނީ، އަދި އެނޫން ބޭފުޅުންނެވެ. އައްސަޢްދު ވިދާޅުވިއެވެ: ” ⌝ގިނަ⌜ މަގުތަކަކުން އެ ރިވާވެފައިވެއެވެ. ފަހަރެއްގައި އެކަތި އަނެކަތިން އެވަރުގަދަ ކޮށްދެވިދާނެއެވެ.“ އަލްއަރްނައޫތާއި އަލްއަލްބާނީ އަދި އެނޫން ބޭކަލުން އެ ޞައްޙަކުރެއްވިއެވެ.
•••
«وَٱلَّذِينَ لَا يَشۡهَدُونَ ٱلزُّورَ...»
”އަދި އެމީހުން [އެބަހީ: ރަޙްމާންވަންތަ اللّه ގެ އަޅުތަކުން] زُوْرُ އަކަށް ޙާޟިރު ނުވާނެއެވެ.“ (الفرقان 72)
އަބޫ ޢާލިޔާ އާއި އައްޠާވޫސް އާއި އިބްނު ސީރީން އާއި އައްޟައްޙާކު އާއި އައްރަބީޢު ބުނު އަނަސް އަދި އެނޫން ބޭފުޅުން ވިދާޅުވިއެވެ: ”އެއީ މުޝްރިކުންގެ ޢީދުތަކެވެ.“
— އަލްޙާފިޡް އިބްނު ކަޘީރް، تفسير القرآن العظيم ގައި.
~ ގަލަންދާނު
#حديث_ضعيف
📌 Summary On The Authenticity Of Aḥādīth: “Black Banners from Khurāsān [or the East]”
1. ‘Abdul Malik, the son of Shaykh Sulaymān Al-‘Alwān said:
I asked my father, regarding the authenticity of the aḥādīth mentioning the black banners which will come from the direction of Khurāsān — and as in some aḥādīth — from the direction of the East.
He answered: “A number of narrations came on this, in Aḥmad, Al-Tirmidhī and ibn Mājah —and nothing is authentic from them. The best from these, is the ḥadīth of Thawbān, narrated in ibn Mājah's ⌜Al-Sunan⌝, in the book of Fitan. Its chain is authentic outwardly, but it is ma'lūl (i.e. weak with unapparent defects).” — End. (source)
2. Shaykh ‘Abdul ‘Azīz bin Ibrāhīm Al-Khuḍayr said:
“The ḥadīth: «There will emerge from Khurāsān black banners... until they are set up in Īliyā (Al-Quds).» It was narrated by Al-Tirmidhī and its chain is weak (ḍā'īf). In it is (the narrator) Rishdīn, Ibn Ma‘īn said: “his ⌜ḥadīth⌝ is not considered.” And Abū Ḥātim denied him and Al-Nasāī said: “He is rejected.””
3. Shaykh ‘Abdullah Al-Sa’d:
“Hadith of «Black Banners» is not authentic, it is not authentic with regards to its chain.” in another instance he said “no ḥadīth is authentic on «the black banners»” (source)
And he has a detail response (here)
4. Shaykh Khālid Al-Ḥāyik said:
“Nothing is authentic from the ḥadīth regarding «the black banners»” (source)
He wrote a treatise detailing this: “Minaḥul Wadūdi, Fī Bayāni Turqi Aḥādīthi «Al-Rāyātis-Sawdi» (see)
5. Abū ‘Alī Al-Ḥassanī said:
“Nothing is authentic from the aḥādīth on Black Banners, whether in Marfū’ form or as Mawqūf. Rather, every chains of it, is severely weak.” (source)
Also see IslamQA No. 171131 , Al-‘Awnī's investigation on it (here)
~ Galandān
②
4. ‘Abdul ‘Azīz Al-Tarīfī (source)
“As for fasting on Thursdays, verily what came in the Ṣaḥīḥ of Imām Muslim, in the ḥadīth of Shu’bah bin Al-Ḥajjāj from Ghaylān from the Abdullah bin Ma’bad from Abū Qatādah, is regarding fasting on Mondays, that the Messenger of Allah ﷺ said: “This is the day on which I was born and the day on which I was sent (with the Message of Islam)” ⁽¹⁾ i.e. Monday.
So the mentioning of Thursday in it, is not preserved, as quoted by Shu’bah bin Al-Ḥajjāj in the Ṣaḥīḥ of Imām Muslim, and Imām Muslim inclined to rule it weak (i’lāl) when he said, “Shu’bah said i.e. ⌜with regard to⌝ Thursday, “I see it only as a wahm (misconception).” — i.e. regarding this report (adding Thursday).
Verily, fasting on Thursday had been narrated from the ḥadīth of Abū Hurairah, عليه رضوان الله تعالى from the ḥadīth ⌜narrated through⌝ Suhail bin Abī Sāliḥ from his father from Abū Hurairah, that the Messenger of Allah ﷺ said: “Deeds are presented on Monday and Thursday, and I love that my deeds be presented while I am fasting.”⁽²⁾ It is ghayr-maḥfūẓ (not preserved) rather it is, shādh (anomalous) ⁽³⁾ as Mālik bin Anas and Mu‘ammar narrated from it came from the ḥadīth of Ḥafṣah, Suhail bin Abī Sāliḥ from his father from Abū Hurairah, that the Messenger of Allah ﷺ said: “The actions of people are presented [twice each week], on Monday and Thursday.”⁽⁴⁾ — only that. As for ⌜the part⌝ “...and I love that my deeds be presented while I am fasting” — it was not preserved.
Verily (fasting on Thursday) has being narrated from Ḥafṣah, and Anas bin Mālik and other than them. But nothing is authentic on these. Nevertheless, the salaf acted upon it. So the lack of proof does not indicate negation of acting upon it, and it being disregarded. Al-Hāfiẓ Ibn Rajab, رحمة الله تعالى, mentioned disagreement on fasting in it (i.e. thursdays), and he mentioned that the majority of scholars are upon the view of it being desirable (istiḥbāb), while a few chose it being undesirable.”— End.
~ Galandān
------------------
[1] Ḥadīth
ذَاكَ يَوْمٌ وُلِدْتُ فِيهِ وَيَوْمٌ بُعِثْتُ
See: Muslim 1162b
[2] see: Al-Tirmidhī 747
[3] Contradicting to that which is more authentic.
[4] Narration through Malik, see Muslim 2565d
④
5. އިބްނުލް ޤައްޔިމް (751 ހ.) މިގޮތުން، ކައިވެނީގެ ސަބަބުން ޙަޟާނާ ކެނޑިގެން ދިއުމުގެ ޙަދީޘު އާއި ވިއްދަވައި ވިދާޅުވިއެވެ: ”އަޞްޙާބު ބޭކަލުން މީގެ މައްޗަށް އިއްތިފާޤުވެލެއްވިއެވެ. އަދި ޢުމަރު (ބުނުލް ޚައްޠާބު) އަށް، އަބޫ ބަކުރު ވިދާޅުވި ބަސްފުޅު އިހު ބަޔާން ވެވިއްޖެއެވެ: ”ކައިވެނި ނުކުރާހާ ހިނދަކު އޭނާގެ މައްޗަށް ޙައްޤުކަން ބޮޑީ އެކަނބުލޭގެއަށެވެ.“ އަދި އެކަމުގައި އެކަލޭގެފާނަށް ޢުމަރު އެއްބަސްވެ ވަޑައިގެންނެވިއެވެ. އަދި އަޞްޙާބުން ތެރެއިން އެއްވެސް ބޭކަލެއް އެބޭކަލުންނާ މިކަމުގައި ޚިލާފުވެ ނުލައްވައެވެ. އަދި މިއީ މަޝްޙޫރު ނިންމެވުމެކެވެ. އަދިއެކަލޭގެފާނަށް ފަހު މިއަދާއި ހަމައަށް ވެސް އެނމެހާ އަވަށަކާއި ޝަހަރެއްގައި އެފަދައިން ނިޔާއިއްވެމުން ދެއެވެ.“ ⁽¹³⁾
6. އައްޝަޥްކާނީ (1250 ހ.) މިގޮތުން ވިދާޅުވިއެވެ: ”ހަމަކަށަވަރުން ދަރީގެ (ޙަޟާނާ) މައްޗަށް އިސްވެގެންވަނީ ބައްޕަގެ މައްޗަށް މަންމައެވެ. އެއީ މިކަން މަނައު ކުރާނޭ ކަމެއް ނުއަންނަ ހިނދުގައެވެ. ކައިވެނި ފަދައެވެ. ... އަދި މިއީ އެއެއް މައްޗަށް އިޖުމާޢުވެވިފައިވާ ކަމެކެވެ.“ ⁽¹⁴⁾
— މަޥްސޫޢަތުލް އިޖްމާޢި، ފީ ފިޤްހިލް އިސްލާމިއްޔި (2 / 468-469)
~ ގަލަންދާނު
------------------------------
ނުކުތާއެއް: އިޖުމާޢު އާއި ޚިލާފަށް ޤަޥްލެއް އައިސްފައިވަނީ:
(ހ). އިމާމް އަޙްމަދު އަރިހުން، އެއީ އަންހެނާ ކައިވެނި ކޮށްފި ހިނދު އޭނާގެ އަންހެން ދަރިއެއްވާނަމަ އެކުއްޖާގެ ބަލަދާއި މެދުގައެވެ.
(ށ). ޡާހިރީންގެ ތެރެއިން އިބްނު ޙަޒަމް، ޢަދި އޭގެ ކުރިން އަލްޙަސަނުލް ބަޞްރީގެ އަރިހުން، އަންހެން އަދި ފިރިހެން ކުއްޖަކަށް އިޘްތިސްނާއެއް ނެތް ގޮތުގައި، މަންމަގެ ކައިވެނީގެ ސަބަބުން އެކަންޏެއް، ޙަޟާނާ ކެނޑިގެން ނުދާނޭ ކަމުގެ މައްޗަށެވެ. އިބްނު ޙަޒަމްގެ މިރައުޔު ބިނާވަނީ ޙަޟާނާގެ ޙަދީޘްގެ މައްޗަށް ތަޢަން ކުރުމުގައެވެ. އަހަރެމެން ވާނީ މިއަށް ތަފްޞީލު ކުރިން ގެނެސްފައެވެ. އަދި ރާޖިޙުއީ ޙަދީޘް ޙަސަން ކަމަށް ބަޔާން ކޮށްފައެވެ . އަދި ޖުމްހޫރުންގެ ޤަޥްލާއި ބީރައްޓެހި މިޤަޥްލުތަކުގެ މައްޗަށް އިތުރު ތަފްޞީލުވެއެވެ. އެހެނަސް މި މަޢުޟޫއު މިވަރުން ފުއްދައިލަމެވެ. އަދި ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ.
ތަފްޞީލު ނޯޓްތައް:
(1) "الإشراف" (١/ ١٣٢) .
(2) "المغني" (١١/ ٤٢٠) .
(3) "الجامع لأحكام القرآن" (٣/ ١٥١) .
(4) "سبل السلام" (٣/ ٤٣٠) .
(5) "الإجماع" (ص ٦٣) .
(6) "الجامع لأحكام القرآن" (٣/ ١٥٢) .
(7) "معالم السنن" (٣/ ٢٤٢) .
(8) "الاستذكار" (٧/ ٢٩٠) .
(9) "الجامع لأحكام القرآن" (٣/ ١٥١) .
(10) "الإفصاح" (٢/ ١٥٣) .
(11) "الإفصاح" (٢/ ١٥٤) .
(12) "حاشية الروض المربع" (٧/ ١٤٩) .
(13) "زاد المعاد" (٥/ ٤٥٥) .
(14) "نيل الأوطار" (٧/ ١٣٠) .
②
އައްޝެއިޚް ޢަބްދުލް ކަރީމް އަލްޚުޟައިރު ވިދާޅުވިއެވެ: ”(...ކާފައޭ ނިޞްބަތްވަނީ) މުޙައްމަދަށް ނަމަ.. ފަހެ މުޙައްމަދަކީ ތާބިޢީ އެކެވެ. އަޞްޙާބުބޭކަލެއް ނޫނެވެ. އެހިނދު މިސިލްސިލާއިން ރިވާ ވާއެއްޗެއް ވާހުށީ، އަލްމުރްސަލް ތެރެއިންނެވެ. އަދި (ޙަދީޘުގައި) މުރްސަލް ހިމެނެނީ ޟަޢީފު ގެ ތެރެއިންނެވެ. މިއާޚިލާފަށް، އަހަރެމެން ބުނަނީ: "އެކަލޭގެފާނުގެ" ކާފައޭ، މިތާގައި އެކަލޭގެފާނުއޭ ނިސްބަތްވަނީ އެންމެގާތުގައިވާ (ޢަމްރު) ގެ ބައްޕަ ޝުޢައިބަށް ނަމަ، މިކަލޭގެފާނުންގެ ކާފާފުޅަކީ ޢަބްދު ﷲ ބުނު ޢަމްރު رضي الله عنهما އެވެ. އެހިނދު އެޙަދީޘަކީ ގުޅިފައިވާ ޙަދީޘެކެވެ. އަދި ރާޖިޙު ރައުޔަކީ މިއީއެވެ. އެހެނީ މިކަން ތަފްޞީލުކޮށްދީ އަންނަސާއީ އާއި އެނޫން ފޮތްތަކުގައިވާ ބައެއް ރިވާޔަތްތަކުން އައިސްފައިވެއެވެ. {ޢަމްރު ބުނު ޝުޢައިބު އެކަލޭގެފާނުގެ ބައްޕަ އަރިހުން، އެކަލޭގެފާނުގެ ކާފަ ޢަބްދު ﷲ ބުނު ޢަމްރު ބުނުލް ޢާޞް އަރިހުން) މިހެންނެވެ. އަދި މިއަސާސުގެ މައްޗަށް، މިޙަދީޘް (ަޭގެ ސަނަދު) ވަނީ ނުކެނޑިއެވެ. އޭގެ އިތުރުން ވަނީ ޢަބްދު ﷲ ބުނު ޢަމްރު އަރިހުން ޝުޢައިބު ⌝ޙަދީޘް⌜ އަޑުއެއްސެވިތޯ ގެ މައްޗަށްވާ ވާހަކައެވެ. އެހެނަސް މީގައި ރާޖިޙު ބުނުމަކީ، އެކަލޭގެފާނު އަރިހުން ޝުޢައިބު ⌝ޙަދީޘް⌜ އަޑުއެއްސެވިކަމާއި އެކަލޭގެފާނުގެ އުނގުފުޅުމަތީ ތަރުބިއްޔަތުވެވަޑައިގެންނެވި ކަމެވެ. މިސަނަދުގެ މައްޗަށް ދެކެވޭ ވާހަކައިގެ މިޚުލާޞާ ގެ މަތީން، މި ސިލްސިލާ ވަނީ އައްޞަޙީޙު ދަރަޖައަށް ނުދާނަމަހީ ވެސް، ޙަސަން ގެ ދަރަޖައިން ނުނެއްޓިއެވެ.“
މިސިލްސިލާގެ ޞައްޙަކަން މިނެކިރާނޭ ވަޒަނަކީ ކޮބައިތޯ އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު އާއި ސުވާލުވެވުނެވެ.
ވިދާޅުވިއެވެ: ”ޢަމްރު ބުނު ޝުޢައިބު އެކަލޭގެފާނުގެ ބައްޕަ އަރިހުން އެކަލޭގެފާނުގެ ކާފަ އަރިހުންވާ ސިލްސިލާ، ޙުއްފާޡުން ތެރޭ މިއާއި މެދު ޚިލާފެއް އުފެދުނެވެ. ބަލައިގަންނަންވީތޯ ނުވަތަ ނޫންތޯއެވެ. އަދި މީގެ މައްޗަށްވާ ބަޙުޘް ދިގެވެ. އަދި ރާޖިޙު ރައުޔަކީ، ޢަމްރު ބުނު ޝުޢައިބު އާއި ހަމަޔަށް އައި ރާސްތާ ޞައްޙަ ނަމަ މި ސިލްސިލާވެސް ޤަބޫލުވެވުމެވެ. ވީމާ މިއީ އޭގެ (ޞައްޙަކަން ކިރާނޭ ފުރަތަމަ) ވަޒަނެވެ. އެވަޒަނަކީ، ޢަމްރު ބުނު ޝުޢައިބު އާއި ހަމަޔަށް ސަނަދު ޞައްޙަ ވުމެވެ. އެހެނީ މި (ސިލްސިލާގެ) ޙަދީޘް ގެ އަޞްލަކީ (ޞައްޙަކަން) ޤަބޫލުވެވުމެވެ. އަދި އެ ބަލައިގަތުން ވަނީ، ރާޖިޙު ޤަޥްލަށް ބަލާއިރު، (ޞައްޙަ ކަމުގެ ދަރަޖަ ތަކުގެ ތެރެއިން) ޙަސަން ދަރަޖާގައި ކަމެވެ. އަދި އަލްބުޚާރީ ޛިކުރު ކުރައްވާފައިވާ ގޮތުން، އެކަލޭގެފާނަށް ވަނީ އަލްޙުމައިދީ އާއި އަޙްމަދު ބުނު ޙަންބަލް އާއި އިސްޙާޤު ބުނު ރާހަވައްޔާ މި ސިލްސިލާ ބޭނުން ހިއްޕަވާތީ ފެނިވަޑައިގެންފައެވެ. ވީމާ މީގެ ބުރަދަން ވަނީ ޢަމްރު ބުނު ޝުޢައިބު އާއި ހަމަޔަށް އިސްނާދު ޞައްޙަވުމެވެ.
އެއަށް އެހެން ހަމައެއް އިތުރުވެއެވެ.އެއީ ޢަމްރު ބުނު ޝުޢައިބު އަރިހުން މިއައިސްފައިވާ ޙަދީޘް އެއަށްވުރެ ޞައްޙަކަން ބޮޑު ޙަދީޘަކާއި ދެބަސް ނުވުމެވެ. އެއީ އެދޭތި ޖަމްޢުކޮށްގެން މާނައެއްނެރެވެން ވެސް ނެތުމެވެ. ވީމާ އެއަށް ވުރެ ޞައްޙަކަމުގައި ވަރުގަދަ ޙަދީޘަކާއި ޚިލާފުވެ ދޭތީގެ މާނަ އެއްގަލަކަށް އެރުވޭނެ މާނަކުރުމެއްވެސް ނުގެނެވޭނަމަ، މިހިނދުގައި މި ސިލްސިލާ އިން އައިސްފައިވާ ޙަދީޘް ޤަބޫލުވެވުމެއް ނުވެއެވެ...“
ބައްލަވާ: إجابة الشيخ عبدالله السعد على أسئلة اللقاء المفتوح بمنتدى بريدة] އަދި ތަފްޞީލާއިއެކު މިވާހަކަ މިފިލާވަލުގައި ގެންނެވިއެވެ.
އަދި އަލްޢަލްވާން ވިދާޅުވިއެވެ: ”އެ ސިލްސިލާ އޭގެ ޒާތުގައި ޞައްޙައެވެ.... އޭގެ މާނައީ މި ސިލްސިލާ އިން އައިސްފައިވާ އެންމެހާ ޙަދީޘެއް އަހަރެމެން ޤަބޫލު ކުރެޔެކޭ ނޫނެވެ. އެ (އެހެން ޞައްޙަ ޙަދީޘަކާއި) ޚިލާފުވާނަމަ.. މަޢުލޫލް އެވެ. (ބަލިކަށްޓޭވެ.)... އެއީ އެހެން ޞައްޙަ ޙަދީޘާއި ދެކޮޅަށް ޢަމްރު އަރިހުން އެކަނި ވާރިދުވުމެވެ... ވީމާ ޢަމްރު އާއި ހަމަޔަށް އިސްނާދު ޞައްޙަ ނަމަ އޭގެ އަޞްލަކީ: ޤަބޫލުވެވިގެން ވުމެވެ. އެހެނަސް ބަލިކަށިކަމެއް އަންނަނީ ސީދާ އެ ސިލްސިލާގެ ސަބަބުންނެއް ނޫނެވެ. އެހެނަސް އެހެން ބަލިކަށިކަމެއް، މިޘާލަކަށް އޭނާ ފުށުން އެކަނި ވާރިދުވެ (އެހެން ޞައްޙަ ތަކެއްޗާ ޚިލާފުވުން) ފަދައެވެ...“
އަދި މިފަދައިން ތަފްޞީލު ގެންނަވައި ޝެއިޚް ސަޢީދުލް ކަމަލީ ވިދާޅުވިއެވެ: ”...ވީމާ (މިސިލްސިލާ) ޞައްޙައިން ކެނޑިގެން ނުދެއެވެ. އަދި އެންމެ ދަށްކޮށްވެސް ބުނެވެން އޮތީ (ދަރަޖާގައި) ޙަސަން އޭ އެވެ.“
އަދި އަލްމުޙައްދިޘް ޑރ. މާހިރު އަލްފަޙްލު މިސިލްސިލާ ގެ މައްޗަށް ދެއްވި ތަފްޞީލަށް ބައްލަވާ: (ދަރުސް)
①
ޙަޟާނާ (ޅަދަރީގެ ބަލަދު)
އަލްޙަޟާނާ (الحضانة) ޢަރަބި ބަހުގެ އޭގެ މަޞްދަރުތަކީ الحاضن އަދި الحاضنة އެވެ. ބުނެއުޅެއެވެ: ”ދޫނީ އޭގެ ބިސްތައް حضن ކުރިއެވެ.“ މިއީ އޭގެ ފިޔަދަށުގައި އެހިޔާވަހިކުރުމަށެވެ. އަދި ”އަންހެނާ އޭނާގެ ދަރި حضن ކުރިއެވެ.“ އެއީ ކުއްޖާ އެކަނބުލޭގެ ގައިގާ އޮޅުލެއްވުމަށެވެ. حِضن އަކީ އުރުތެރެއެވެ. އަދި ”ދަރި حضَن ކުރިއޭ އެވެ. އޭނާ حضَن ކުރީއޭ ބުނެވެނީ، އޭނާ ގެންގުޅެ ބޮޑުކުރި ކަމުންނެވެ. އަދި حاضن ވެރި އަންހެނާ އޭ ބުނެވެއެވެ. އަދި حاضنة އަކީ: ކުއްޖާ ބަލައި، ބޮޑުކުރުމަށް ޒިންމާދާރު ކުރެވިފައިވާ އަންހެނާއެވެ.
ޙަޟާނާ އަކީ މުމައްޔިޒް އުމުރަށް އެޅުމުގެ ކުރިން އޮންނަ ދަރީގެ ބަލަދެވެ. މުމައްޔިޒް އުމުރަކީ، އަމިއްލައަށް ކައިބޮއެ ޠާހިރުވެވޭ އުމުރުފުރައެވެ. އެއީ ޢާންމު ގޮތެއްގައި 7 އަހަރެވެ. މުމައްޔަޒް އުމުރަށް ފަހު ދަރީގެ ބަލަދަށް ކިޔަނީ ކަފާލާ އެވެ. އެއީ ރައްކައުތެރިކަމެވެ. އަދި ވަލީވެރި ކަމީ މިއާއި އެކައްޗެއް ނޫނެވެ.
މިޙުކުމް ބިނާވަނިވި މައިގަނޑު ދަލީލް
އަބޫ ދާވޫދު ރިވާކުރެއްވިއެވެ: އަހަރެމެންގާތު މަޙްމޫދު ބްނު ޚާލިދް އައްސުލަމީ ވިދާޅުވިއެވެ. އަލްވަލީދު އަހަރެމެން ގާތު ދެންނެވިޔޭ، އަބޫ ޢަމްރު — އެބަހީ އަކްއަޥްޒާޢީ — އަރިހުން، ތިމަންކަލޭގެފާނު އަރިހު ދެންނެވިޔޭ: ޢަމްރު ބްނު ޝުޢައިބު، އެކަލޭގެފާނު ބައްޕަ އަރިހުން، އެކަލޭގެފާނުގެ ކާފަ ޢަބްދު ﷲ ބުނު ޢަމްރު އަރިހުން
”އަންހެނަކު ⌝ނަބިއްޔު ﷺ އަރިހު⌜ ދެންނެވިއެވެ: ”އޭ ﷲ ގެ ރަސޫލާއެވެ! އަހަރެންގެ މި ދަރިފުޅަށްޓަކައި އަހަރެންގެ ރަޙިމަކީ ކަންވާރެކެވެ. އަދި އަހަރެންގެ ދެ ކިރަކީ އޭނާގެ ބުއިމެވެ. އަދި އަހަރެންގެ އުނގަކީ އޭނާގެ ތަންމައްޗެވެ. އެކަމަކު އެދަރިފުޅުގެ ބައްޕާ އަހަރެން ވަރިކޮށްފިއެވެ. އަދި އަހަރެންގެ ކިބައިން އެ ދަރިފުޅު ގެންދިޔުމަށް އޭނާ ބޭނުންވެއެވެ.“ ރަސޫލު ﷲ ﷺ އެ އަންހެން މީހާއަށް ޙަދީޘްކުރެއްވިއެވެ:
« أَنْتِ أَحَقُّ بِهِ مَا لَمْ تَنْكِحِي»
”[ބެލެނިވެރިވުމަށް] އޭނާއަށް އެންމެ ޙައްޤުކަން ބޮޑީ ތިބާއެވެ. ތިބާ ކައިވެނި ނުކުރާހާ ހިނދަކުއެވެ.“
ބުލޫޣުލް މަރާމް ގެ ތަޢްލީޤު (ޞ. 434) ގައި، އައްޝެއިޚް މާހިރް އަލްފަޙްލު ވިދާޅުވިއެވެ:
”(ޞައްޙަ ކަމުގައި މިޙަދީޘް) ޙަސަން އެވެ. (ޙަސަން ދަރަޖަ އަށް ވެއްޓުނީ) ޢަމްރު ބުނު ޝުއައިބު، އެކަލޭގެފާނުގެ ބައްޕަ، އެކަލޭގެފާނުގެ ކާފަ، މި ސިލްސިލާގެ ސަބަބުންނެވެ. މިޙަދީޘް ރިވާ ކުރެއްވީ: އަޙްމަދު ٢/ ١٨٢، އަދި އަބޫ ދާވޫދު (٢٢٧٦)، އަދި އައްދާރަޤުޠުނީ ٣/ ٣٠٤، އަދި އަލްޙާކިމް ٢/ ٢٠٧، އަދި އަލްބައިހަޤީ ٨/ ٤ - ٥. އަދި ބަލައިހޯދާށެވެ: «الإلمام» (١٣٩٠)، އާއި «المحرر» (١١١٩).“ — اهــ.
އަދި ބުލޫޣުލް މަރާމް ގެ ޝަރަޙާގައި، ޢަބްދުލް ކަރީމް އަލްޚުޟައިރު ވިދާޅުވިއެވެ: އަދި މިޙަދީޘް ވަނީ އެމިންވަރުންނެވެ. ⌝ޙަސަން އެވެ.⌜
އަދި ހަމަ އެފަދައިން،މި ޙަދީޘުގެ ސަނަދުގައި ކަންބޮޑުވާވަރު ގޯހެއް ނުވާ ކަމަށް އަބޫ ޢަލީ އަލްޙަސަނީ ވިދާޅުވިއެވެ. އަދި އަލްބުޚާރީ މިސަނަދު ޙަދީޘުގައި ޤަބޫލުކުރެއްވިކަމަށެވެ.
Book: Supplications and Remembrances, Narrated From The Chosen Prophet, صلى الله عليه وسلم , For the Day and Night
By Shaykh ‘Abdullah bin ‘Abdul Raḥmān Al-Sa’d
الدعوات والأذكار المأثورة عن النبي المختار صلى الله عليه وسلم في اليوم والليلة - الشيخ عبدالله بن عبدالرحمن السعد
~ Galandān
ހުކުރު ދުވަހުގެ ދުޢާ ޢިޖާބަވަނިވި ވަޤުތަކީ ކޮބާ؟
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " خَيْرُ يَوْمٍ طَلَعَتْ فِيهِ الشَّمْسُ يَوْمُ الْجُمُعَةِ فِيهِ خُلِقَ آدَمُ وَفِيهِ أُدْخِلَ الْجَنَّةَ وَفِيهِ أُهْبِطَ مِنْهَا وَفِيهِ سَاعَةٌ لاَ يُوَافِقُهَا عَبْدٌ مُسْلِمٌ يُصَلِّي فَيَسْأَلُ اللَّهَ فِيهَا شَيْئًا إِلاَّ أَعْطَاهُ إِيَّاهُ "
އަބޫ ހުރައިރާ އަރިހުން އައްތިރުމިޛީ ރިވާކުރެއްވި އެވެ: ރަސޫލު اللّٰه ﷺ ޙަދީޘް ކުރެއްވި އެވެ: ”އިރު އެދުވަހެއްގެ މައްޗަށް އެރި އެންމެ ހެޔޮވެގެންވާ ދުވަހަކީ ހުކުރު ދުވަހެވެ. ޢާދަމް ޚަލްޤު ކުރެއްވުނީ އެދުވަހުއެވެ. އަދި އެކަލޭގެފާނުގެ ޖަންނަތަށް ވެއްދެވުނީ އެދުވަހުއެވެ. އަދި އޭގެން (ބިމަށް) ބޭލެއްވުނީވެސް އެދުވަހުގައެވެ. އަދި އޭގައިވާ ސާޢަތެއް (އެބަހީ: ވަޤުތެއް) ވެއެވެ. اللّٰه ހަޟުރަތުގައި އެއްޗަކަށް އެދިއްޖެނަމަ އެކަންފުއްދަވައި ދެއްވާނޭ ގޮތުގައި މެނުވީ މުސްލިމު އަޅަކު ނަމާދު ގައި ހުރެ އެވަޤުތާއި ބައްދަލެއް ނުވާނެއެވެ.“
އަބޫ ހުރައިރާ ވިދާޅުވި އެވެ: ޢަބްދު اللّٰه ބުނު ސަލާމް އާއި ބައްދަލު ވެގެން މިޙަދީޘް ޛިކުރު ކުރުމުން ވިދާޅުވެއްޖެއެވެ: ”ތިމަންކަލޭގެފާނަށް އެސާޢަތެއް އެނގެއެވެ.“ އަހަރެން ދަންނަވައިފީމެވެ: ”ތިކަމުގައި ދަހިވެތި ނުވެ އަހަރެންނަށް ކިޔައިދޭށެވެ.“ ވިދާޅުވިއެވެ: ”އެއީ ޢަޞްރުގެ ފަހުން ފެށިގެން ގޮސް އިރުއޮއްސުމާއި ހަމައަށެވެ.“
އެހެންކަމުން އަހަރެން ދަންނަވައިފީމެވެ: ”(އެވަޤުތެއް) ޢަޞުރު ފަހުން ވާނީ ފަހެ ކިހިނަކުން ހެއްޔެވެ؟ ފަހެ ރަސޫލު اللّٰه ﷺ ވަނީ ޙަދީޘް ކުރައްވާފައެވެ: " لاَ يُوَافِقُهَا عَبْدٌ مَسْلِمٌ وَهُوَ يُصَلِّي "...މުސްލިމު އަޅަކު "ޞަލާތު" ގައި ހުރެ އެވަޤުތާއި ބައްދަލެއް ނުވާނެއޭ...“ (އައްޞަލާތު، ޢާންމުގޮތެއްގައި ބުނެވެނީ ނަމާދަށެވެ.) އަދި ތިޔަ ވަޤުތަކީ (އެބަހީ: ޢަޞުރު ފަހަކީ) އޭގައި ނަމާދުކުރުން ނުވާ ވަޤުތެކެވެ.“ ދެން ޢަބްދު اللّٰه ބުނު ސަލާމް ދަންނަވައި ފިއެވެ: ”ރަސޫލު اللّٰه ﷺ ޙަދީޘް ކުރައްވާފައިވެއެވެ: (مَنْ جَلَسَ مَجْلِسًا يَنْتَظِرُ الصَّلاَةَ فَهُوَ فِي صَلاَةٍ) ޞަލާތައް އިންތިޒާރު ކުރުމުގައި އިށީނދެ ހުރެއްޖެ މީހާ އެހެރީ ޞަލާތުގައެވެ.“
އަހަރެން ދަންނަ ވައިފީމެވެ: ”އާދޭހެވެ.“ ވިދާޅުވި އެވެ: ”އެއީ އެކަމެވެ.“
އަބޫ ޢީސާ (އައްތިރުމިޛީ) ވިދާޅުވިއެވެ: މި ޙަދީޘް "ޙަސަން ޞަޙީޙް” އެވެ.
އަބޫ ދާވޫދު، ޢަބްދު اللّٰه ބުނު ސަލާމް އަރިހުން ރިވާކުރެއްވި އެވެ: ...އަހަރެން (ރަސޫލު اللّٰه ﷺ އަރިހު) ދެންނެވިމެވެ: ”އެ ސާޢަތަކި ކޮބައިތޯއެވެ؟“ ޙަދީޘް ކުރެއްވިއެވެ: " هِيَ آخِرُ سَاعَةٍ مِنْ سَاعَاتِ النَّهَارِ " ”އެއީ ދުވާލުގެ ސާޢަތް ތަކުގެ ތެރެއިން އެންމެ ފަހު ސާޢަތެވެ.“
އަހަރެން ދަންނަވައިފީމެވެ: ”އެއަކީ ނަމާދު (އައްޞަލާތު) އަދާ ކުރުމުގެ ވަޤުތެއް ނޫން (ތޯއެވެ؟)“ ޙަދީޘް ކުރެއްވި އެވެ: " بَلَى إِنَّ الْعَبْدَ الْمُؤْمِنَ إِذَا صَلَّى ثُمَّ جَلَسَ لاَ يَحْبِسُهُ إِلاَّ الصَّلاَةُ فَهُوَ فِي صَلاَةٍ " ”އާދޭހެވެ. ހަމަކަށަވަރުން މުއުމިނު އަޅަކު ނަމާދުކޮށް އަވަދިވެގެން، ދެން އިށީދެއްޖެނަމަ، އަދި އޭނާ ހިފެހެއްޓިފައި އެހެރީ ނަމާދު ނޫން، އެނޫން އެއްވެސް އެއްޗަކަށް ކަމުގައި ނުވަނީނަމަ، ފަހެ އެހިނދު އޭނާ އެހެރީ ހަމަ ނަމާދު ގައެވެ.“
އަލްޢުލްވާން ވިދާޅުވި އެވެ: ”މިއީ އިބްނު މާޖާ، އަބުއް ނަޠްރު ގެ މަގުން، އަބޫ ސަލަމާ ފުށުން ޢަބްދު اللّٰه ބުނު ސަލާމް ފުށުން ނަބިއްޔާ ﷺ އަރިހުން ރިވާކުރެއްވި ޙަދީޘެކެވެ. އަދި އޭގެ އެންމެހާ ރާވީންނަކީ އިތުބާރުވެވިގެންވާ ބޭފުޅުން ތެރެއިން ވާ ބޭކާލުންނެވެ.“
🔻🔻
﴿وَيُؤْثِرُونَ عَلَىٰٓ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌۚ﴾
[الحشر:9]
”...އަދި (ޢަންޞާރުން) އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް، އެ (މުހާޖިރު) ބޭފުޅުންނަށް އިސްކަންދެތެވެ. އެއުރެންގެ އަމިއްލަ ނަފުސަށް އެއަށް ބޭނުންތެރިކަން ބޮޑުވެފައި ވީހިނދުވެސްމެއެވެ...“
އަލްޙަސަނުލް ބަޞްރީ رحمه الله تعالى ވިދާޅުވިއެވެ: ”އޭގެ ތެރެއިން ބޭފުޅެއް އޭނާގެ އަންނަފޮތިގަނޑު އޭނާގެ އަޚާއަށްޓަކައި އިރާލިއެވެ. ދެމީހުން ދެމެދު ހަމަޔަށް ބެހުމަށްޓަކައެވެ.“
—އަލްޢަލްވާން ގެ #الولاء_والبراء އިން.
އަބްދުލް ޙަފީޡް އައްޞޫމާލީ އަހަރެން ގާތު ވިދާޅުވިއެވެ: ”އަންޞާރުން އެވެރިންގެ ހެދުން އަލަމާރިތައް ހުޅުވައި އަހަރެން ގާތު ބުންޏެވެ: ބޭނުން އެއްޗެއް ބޭނުންވާ ވަރަކަށް ނަގާށެވެ.“ ...އެއީ އެވެރިންގެ ފަޤީރުކަމާއި އެކުގައެވެ.
ﷲ ތަޢާލާ އެއެންމެ މަތިވެރި ބޭކަލުންނަށް ރަޙުމަތްލައްވައި ޖަންނަތުގެ ހިޔާވެހިކަން ދެއްވާށިއެވެ.
~ ގަލަންދާނު
{ تَكَادُ ٱلسَّمَٰوَٰتُ يَتَفَطَّرۡنَ مِنۡهُ وَتَنشَقُّ ٱلۡأَرۡضُ وَتَخِرُّ ٱلۡجِبَالُ هَدًّا • أَن دَعَوۡاْ لِلرَّحۡمَٰنِ وَلَدًا } ”...އެކަމުގެ ސަބަބުން، އުޑުތައް ފަޅަފަޅައިގެންގޮސް، ބިންގަނޑު އިރައިރައިގެންގޮސް، ފަރުބަދަތައް ކުދިކުދިވެ، ވެއްޓިގެން ދިއުން ކައިރިވެގެންވެއެވެ. އެއީ رحمن ވަންތަ ރަސްކަލާނގެއަށް ދަރިކަލަކުވާކަމަށް އެއުރެން ގޮވުމުގެ ސަބަބުންނެވެ.“ (مريم ٩٠، ٩١)
Читать полностью…••
(ސުންނަތުގެ އަހުލުންގެ އަޚްލާޤު ގައި ހިފެހެއްޓުން)
❞ ފަހެ އަހުލުއް ސުންނަތުގެ އަޚްލާޤު ގައި ހިފެހެއްޓުން މުސްލިމު މީހާ އަށް ވެއެވެ. އެހެނީ ބައިގަނޑެއް އަޚްލާޤުގައި ނުހިފައެވެ. ޢަޤީދައިގައި މެނުވީއެވެ. އެހެނަސް ސުލޫކިއްޔަތާއި އިޖުތިމާޢިއްޔަތުގައި އަހުލުއްސުންނަތި ވަލްޖަމާޢަތި ގެ އަޚްލާޤުން އެއްވެސް އެއްޗެއް ނުދަނެއެވެ. އިންސާނާ ވަނީ މިދީން އެކީއެއްކޮށް، އެކުގައި ހިފުމެވެ. އަދި އެ ބައިބައިކޮށް ތިބާ ގަޔާނުވާ އަދި ފަސޭހަނޫން އެއްޗެއް ފައިދަށަށް ލުމެއްނޫނެވެ. ކޮންމެ މުސްލިމު ފިރިހެނަކަށް އަދި އަންހެނަކަށްވެސް މި އިސްލާމް ދީން ޝާމިލު ގޮތުގައި އެކުއެކީ ހިފުން ވާޖިބެވެ. ❝
(ލަފާދާރު ކަންކަމުގައި ހިފައި ހަސީލަތްނުބައި ކަންކަން ދޫކޮށް ލުން)
❞ ހަމަ އެފަދައިން އަހުލުއް ސުންނަތި ވަލްޖަމާޢަތި ގެ ޞިފަ ތަކުގެ ތެރޭ: އެވެރިން ތާކުންތާކު ނުޖެހޭ ކަންކަމުން މަނައުވެ އެވެ. ތާކުންތާކު ނުޖެހޭ ކަންކަމީ، ހަސީލަތް ނުބައި ކަންކަމެވެ. އަދި ބައެއް ސަލަފުން ވިދާޅުވެއެވެ: ފަޟުލުވެރި (ލަފާދާރު) ކަންކަން ކުރުމަށް ކުޅަދާނަ ނުވާ މީހާ، އޭނާގެ ލަފާދާރުކަމީ ހަސީލަތް ނުބައި ކަންކަމުން ދުރުވެހުރުން ކަމުގައި ހަދާށެވެ. ❝
— އަލްޢަލްވާން (الفتاوى متنوعة ١/١)
~ ގަލަންދާނު
Notes:
[1] “Sharḥ Uṣūl I’tiqād Ahlus-Sunnah Wal-Jamā‘ah” by Al-Lālakāī (418H) Al-Lālakāī, he is, Abu al-Qāsim Hibatullah ibn Al-Ḥassan Al-Ṭabarī Al-Lālakāī. Ḥāfiḍ of Ḥadīth from Al-Shāf‘ī school. He was from Tabaristān and settled in Baghdād. He travelled to Dīnawar in his last days, and died there, in his middle-age, before he became famous for his knowledge and his works.
[2] After narrating this, Al-Lālakāī said: “ ‘Amr bin Dīnār met: Ibn ‘Abbās, ibn ‘Umar, ibn Az-Zubayr, Jābir bin Abdullah, Al-Miswar bin Makhramah, Sa’d bin ‘Āid Al-Quraẓī — the Muadhin of the Prophet ﷺ, As-Sāib bin Yazīd Al-Kindī and Abū Aṭ-Ṭufayl ‘Āmir bin Wāthilah. And it is narrated via him from Anas— so these are nine ⌜companions of the Prophet ﷺ⌝.” (p. 112)
[3] ibn ‘Irāq Al-Kanānī: (Also, spelled incorrectly, as ibn ‘Arrāq). He is, ‘Alī bin Muḥammad bin ‘Alī, Shams Al-Dīn Abū Al-Ḥassan ibn ‘Irāq Al-Kanānī Al-Dimashqī Al-Shāfi‘ī (D. 963). Scholar of fiqh, acetic, and he has poetry and is master in narration them. He was born in Dimashq and travelled to Al-Ḥijāz. Appointed as Imām in Madīnah and was deceased there. He authored the book, “The integrity of the Sharia raised from the heinous news placed” (the book, we quoted from, Dar al-Kutub al-Ilmiyya - Beirut, 1st edition, 1399: T: Abd al-Wahhab Abd al-Latif) — in two Volumes. ⌜Which is an authorship⌝ on Ḥadīth. He completed it in Egypt, in 954 H, and gifted it to Al-Sulṭān Sulaymān Al-‘Uthmānī. ⌜He also authored⌝ “Nashar Al-Laṭāif fī Qaṭr Al-Ṭāif” — a small treatise on the history of Al-Ṭāif [See: Al-Zirkilī's Al-A’lām]
~ Galandān