2463
ޢިލްމު އަދި އެއަށް ލޯބިކުރާ ދަރިވަރުންނަށް Notes by, ibn Fahmī Dīdī عفا الله عنه Friends & family 🤖 Contact: @galandan_bot 🌐 English: @galandaan
އަލްއިމާމް އިބްނު ރަޖަބުލް ޙަންބަލީ ވިދާޅުވިއެވެ:
❞ ليس العيد لمن لبس الجديد
ޢީދުވަނީ އައު ހެދުން ލާ މީހަކަށް ނޫނެވެ.
إنما العيد لمن طاعاته تزيد
ހަމަކަށަވަރުން ޢީދުވަނީ، އެމީހެއްގެ ކިޔަމަންގަތުންންތައް އިތުރުވާ މީހަކަށެވެ.
ليس العيد لمن تجمَّل باللباس والركوب
ޢީދުވަނީ އެމީހެއްގެ ހެދުމާއި ސަވާރީ ޒީނަތްތެރިކޮށްފި މީހަކަށް ނޫނެވެ.
إنمـا العـيد لمن غفرت له الذنوب
ހަމަކަށަވަރުން ޢީދުވަނީ، އެމީހަކަށް އެމީހެއްގެ ފާފަތައް ފުއްސެވިއްޖެ މީހަކަށެވެ.
ޢީދު ވިލޭރޭ، ޚަލްޤުތަކުން (ނަރަކައިން) މިންޖުކުރެވެއެވެ. އަދި އަޅުވެރިޔާއަށް ފާފަ ފުއްސެވެއެވެ. ފަހެ އެއިން މިންވަރެއް ނަސީބުވެއްޖެ މީހާ ދަންނައެ، ޢީދު އެވަނީ އެމީހަކަށެވެ. އެނޫންނަމަ އެއީ ދުރަށް އެއްލާލެވިފައިިވާ މީހެކެވެ. ❝
— ލަޠާއިފުލް މަޢާރިފް (1/277)
~ ގަލަންދާނު
🔻
{...وَلِتُكَبِّرُوا۟ ٱللَّهَ عَلَىٰ مَا هَدَىٰكُمْ وَلَعَلَّكُمْ تَشْكُرُونَ}
[...އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް اللَّه އަށް ތަކްބީރު ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) ޝުކުރު ވެރި ވުމަށްޓަކައެވެ.]
الله أكبر.. الله أكبر.. الله أكبر
އިސްލާމް ކަމަށް އަހަރެމެންނަށް ހިދާޔަތް ދެއްވި اللّٰه އަށް ޙަމްދު ކުރަމެވެ. އަދި އެއިލާހަށް ކިޔަމަންގަތުމުގެ ނިޢުމަތް އަހަރެމެންނަށް ދެއްވީތީވެސް އެވެ. އެއިލާހުގެ ފަޟުލުވަންތަ ކަމާއި ދީލަތިވަންތަކަމަށް ޝުކުރުހުއްޓެވެ. އެއިލާހު ހަޒުރަތުން ރަޙްމަތާއި މަޣްފިރަތާއި ޤަބޫލަށް އެދި ދަންނަވަމެވެ.
تَقَبَّلَ اللَّهُ مِنَّا وَمِنْكُم صالح الأعمال. (އަހަރެމެންނާއި ތިބާ ފުށުން (އަދައުކުރި) ޞާލިޙު ޢަމަލުތައް، اللّٰه ޤަބޫލުކުރައްވާށިއެވެ.
ޙަދީޘް ޢިލްމުގެ އަމީރުލް މުއުމިނީން، ޝުޢުބަތު ބުނުލް ޙައްޖާޖު ވިދާޅުވި އެވެ: ޢީދު ދުވަހު ޔޫނުސް ބިން ޢުބައިދު އާއި ބައްދަލުވުމުން ވިދާޅުވިއެވެ: «تَقَبَّلَ اللَّهُ مِنَّا وَمِنْكَ» (އަހަރެމެންނާއި ތިބާގެ ފުށުން اللّٰه ޤަބޫލު ކުރައްވާ ށިއެވެ.) ❝
— އަލްމުޙައްދިޘް، އަބޫ ޞުޙައިބް، ޚާލިދުލް ޙާއިކު
~ ގަލަންދާނު
--------------------------
ނޯޓް: އައްޝެއިޚް، އަލްޙާފިޠު ޢަބްދު اللّٰه އައްސަޢްދު ވިދާޅުވިއެވެ: ”އަޞްޙާބު ބޭކަލުން އަރިހުން، ޢީދުގައި އެބޭކަލުން " تقبل الله منا ومنكم" މިހެން ވިދާޅުވާކަމަށް ވާރިދުވެފައިވެއެވެ.“
📌 ޢީދު މަރައި ނުލާށެވެ!
ހިތްދަތި މަދަހަ ތަކާއި ޢިބާރާތްތަކުން ޢީދުގެ އުފާވެރިކަން މަރައި ނުލާށެވެ. އަދި ހިތާމަވެރިކަން ގެނުވާ ޙާލަތްތަކަށް ގޮވުމުންވެސް މެއެވެ. އެހެނީ މި މާތްވެގެންވާ ޢީދުގައި އުފާ ފާޅުކޮށް ހިތްއުފާ ކުރުމަކީ ދީނުގެ ތެރެއިން ވާ ކަމެކެވެ.
ފަހެ ރަސޫލު ﷲ ﷺ ވީ މީސްތަކުންގެ ތެރެއިން އެބޭކަލަކަށް، އެބޭކަލެއްގެ އަހުލުންނާއި އަޞްޙާބުންނާއި އުއްމަތް އެންމެ ބޮޑަށް އިމްތިޙާނު ކުރެވުނު ބޭކަލަށެވެ. އަދި މިއާއި އެކުވެސް، ޢީދު ދުވަހު އެކަލޭގެފާނު އުޖާލާ ކަމާއި އުފާވެރިކަން ފާޅުކުރައްވައެވެ.
އަދި އެންމެ ހައިރާން ކުރުވަނިވި އެއްކަމަކީ، ބައެއް މީހުން ﷲ އެއަކަށް އަމުރެއް ދެއްވާފައިނުވާ މުސްލިމުން ނޫން މީހުންގެ މުނާސަބާތަކުގައި އުފާވެރިކަން ފާޅުކުރާކަމެވެ. ނުވަތަ ޢާއިލީ އަދި މިޒާތުގެ އުއްމަތާއި ނުގުޅޭ ކަންކަމުގައި އެބައިމީހުންގެ ރޫހުގެ ތާޒާކަން ދައްކައެވެ. އެހެނަސް އިސްލާމީ ޝަރީޢަތް އެއަކަށް ގޮވާލާ މުސްލިމުންގެ ޢީދެއް އައުމާއި އެކު، އެވެރިން މޯޅިވެއެވެ. އަދި މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކާއި އާފާތްތަކާއި ހިތާމަތަށް ހަނދުމަކުރާން ފަށައެވެ.
ولا حول ولا قوة إلا باللّٰه.
— އައްތަޛްކިރާ
~ ގަލަންދާނު
ޒަކާތާއި ބެހޭ ބައެއް ފިޤުހު
➊ (ހ) ފިޠުރު ޒަކާތުގެ މިންވަރަކީ ޞާޢު އެވެ. (ށ) އަދި އެއީ އެތަނެއްގެ ޢާންމު ކާނާއިންނެވެ. (ނ) އަދި އެކަމުގެ ވާޖިބުކަން ކޮންމެ މުސްލިމަކަށް ވެއެވެ. [ކިޔާލުމަށް]
➋ އަސީރުން ފިތުރު ޒަކާތް ނެރެން ޖެހުމާއި މެދު، ޚުލާސާ [ކިޔާލުމަށް]
➌ ފިޠުރު ޒަކާތް ދޭން ޖެހެނީ ކޮން ބަޔަކަށް؟ [ކިޔާލުމަށް]
➍ ޒަކާތް ދިނުން ވަނީ މުއުމިނުންނަށެވެ. [ކިޔާލުމަށް]
➎ ފިޠުރު ޒަކާތް ނެރުން ވަނީ އެމީހެއް ރޯދަމަސް ނިންމާ ބިމެއްގައެވެ. [ކިޔާލުމަށް]
➏ ފިޠުރު ޒަކާތް އަމިއްލަޔަށް ބެހުން މޮޅުއިތުރެވެ. [ކިޔާލުމަށް]
➐ ގާތްތިމާގެ މީހުންނަށް ޒަކާތް ހޭދަކުރުން [ކިޔާލުމަށް]
➑ މިކަމުގެ މައްޗަށް: ފައިދާއެއް [ކިޔާލުމަށް]
➒ ފިޠުރު ޒަކާތް ނެރުމަށް އެންމެ ފަހު ވަޤުތަކީ ކޮބާ؟ [ކިޔާލުމަށް]
➓ ފިޠުރު ޒަކާތް ކިހާ ދުވަހެއް ކުރިން ނެރެވިދާނެ ހެއްޔެވެ؟ [ކިޔާލުމަށް]
⓫ ޚުލާޞާ: ފައިސާއިން ފިޠިރު ޒަކާތް ނެރުން [ކިޔާލުމަށް]
⓬ ޞައްޙަ އާއި ބާޠިލާއި ދެމެދު: އެހެން މީހަކަށްޓަކައި ޒަކާތް ނެރެދިނުން [ކިޔާލުމަށް]
⓭ "ޞާޢު ޘާބިތެވެ. މިންވަރުގައި ޚިލާފެވެ. އަދި އަރައިރުން ވުމީ ޖަހާލަތެވެ." [ކިޔާލުމަށް]
~ ގަލަންދާނު
➍ « ފިތުރު ޒަކާތް ނަގުދު ފައިސާއިން ނެރެވިދާނެތޯ؟ »
—މިއީ ގަލަންދާން "ފިޠުރު ޒަކާތުގެ ފިޤުހު" ލިޔުމުގެ އޯޑިއޯ އެކެވެ. އޯޑިއޯ ޝާއިޢު ކުރެއްވީ "ހިދާޔަތް ރޭޑިއޯ" އިންނެވެ.
➋ « ފިތުރު ޒަކާތުގެ މިންވަރު، އަދި އެނެރުން ވާޖިބުވާ މީހުން »
—މިއީ ގަލަންދާން "ފިޠުރު ޒަކާތުގެ ފިޤުހު" ލިޔުމުގެ އޯޑިއޯ އެކެވެ. އޯޑިއޯ ޝާއިޢު ކުރެއްވީ "ހިދާޔަތް ރޭޑިއޯ" އިންނެވެ.
ފިޠުރު ޒަކާތުގެ ފިޤުހު
~ ގަލަންދާނު
Download [pdf]
(1.3mb)
🔻
ދުނިޔޭގެ އެކިކަންކޮޅުތަކުގައި ޝަރުޢީ ހަމަތަކުން، ހަނދު ފެނިފައިވާ ކަމަށް އެއްވެސް ޘާބިތު ހެއްކެތް ހާމަނުވުމުގެ ސަބަބުން، މާދަމާ، 1 މޭ ވާ އާދިއްތަ ދުވަހު، ރަމަޟާން މަހުގައި 30 ދުވަސް ފުރިހަމަކޮށް، މިއަހަރުގެ ޝައްވާލު މަހުގެ 1 އަދި ފިޠުރު ޢީދު ދުވަހަކީ، 2 މޭ، ވާ ހޯމަ ދުވަސް ކަމުގައި ވަނީ އިޢުލާން ވެފައެވެ.
~ ގަލަންދާނު
➋
އަދި ތާބިޢީންގެ ތެރެއިން ބައިގަނޑެއްގެ އަރިހުން މިކަމުގެ މައްޗަށް ޝަރުޠެއް ލާޒިމު ނުކޮށް ހުއްދަ އައިސްފައިވެއެވެ:
ހ.
އަލްޙަސަން އަލްބަޞްރީ ވިދާޅުވިއެވެ: "ދިރުހަމުން ފިޠުރު ޒަކާތް ދިނުމުގައި މައްސަލައެއް ނެތެވެ."(4)
ށ.
ޒުހައިރް ބިން މުޢާވިޔާ ވިދާޅުވިއެވެ. އަބޫ އިސްޙާޤް (އައްސަބީޢީ) ވިދާޅުވާތީ އަހަރެން އަޑުއެހީމެވެ: "އަހަރެން އެވެރިންނާއި ބައްދަލުވިއެވެ. (އެބަހީ ކޫފާގައި ތިއްބެވި، ޞަޙާބީން އަދި ތާބިޢީންގެ އެންމެ ބޮޑެތި ބޭފުޅުން) އަދި އެވެރިން ރަމަޟާން މަހުގެ ޒަކާތް ގޮތުގައި އެއަށްވާ އަގުން ދިރުހަމް ނެރުއްވައެވެ." (އަލްޢުލްވާން، އައްޠަރީފީ އަދި އަލްޙަސަނީ މިރިވާޔަތް ޞައްޙަކުރެއްވި)
ނ.
ޤުއްރަތު ބުނު ޚާލިދް އައްސުދޫސީ ވިދާޅުވިއެވެ: "ފިޠުރު ޒަކާތާއި ބެހޭގޮތުން ޢުމަރު ބުނު ޢަބްދުލް ޢަޒީޒް ފޮނުއްވެވި ސިޓީ އަހަރެމެންނަށް އައެވެ. (އޭގައި ވިއެވެ) "ކޮންމެ އިންސާނަކަށް ބައި ޞާޢު އެވެ. ނޫނީ އެއާއި އެއްހަމަ ވެގެންވާ އަގު ބައި (ޞާޢު އަށް) ދިރުހަމެވެ." އަދި މިކަން ޘާބިތެވެ. އަދި އިބްނު ޢަޥްން ގެ އަރިހުން ޢުމަރު ބުނު ޢަބްދުލް ޢަޒީޒް ގެ އަރިހުން މިއަށް ތަބާވެއެވެ.
އަބޫ ޢަލީ އަލްޙަސަނީ ވިދާޅުވިއެވެ:
"މިއީ ޙަދީޘް އައުމުގެ އުޞޫލަށް ޖާހިލު މީހެއް މެނުވީ މި ބަލިކަށި ނުކުރާނޭ ޞައްޙަ ސަނަދެކެވެ. އަދި ޢުމަރު އަކީ އަމީރުލް މުއުމިނީން އެވެ. އަދި މިސިޓީ އަކީ ޝަހަރުތަކަށް ޢާންމު އެންގެވުމެކެވެ. އަދި އެޝަހަރު ތަކުގައި ޞަޙާބީން ވިއެވެ. ޢުމަރު އަކީ ތާބިޢީ ބޭފުޅެކެވެ. އަނަސް އާއި ޢުޤްބަތު ބުނު ޢާމިރުލް ޖުހަނީ އާއި ސަހްލު ބުނު ސަޢްދު އާއި ބައްދަލުވެވަޑައިގަތެވެ. އެބަހީ ނަބިއްޔާ ﷺ ގެ އަޞްޙާބުންނާއި ބައްދަލުވެވަޑައިގެންނެވިއެވެ. އެއީ ތާބިޢީ އެކެވެ. އަދި އާދައިގެ ތާބިޢީ އެއް ނޫނެވެ. އެހެނީ އެއީ އަމީރުލް މުއުމިނީން އެވެ. އަދި އެއްވެސް ޞަޙާބީއެއް (ޢުމަރު ބުނު ޢަބްދުލް ޢަޒީޒް ގެ) މިޢަމަލުފުޅަށް އިންކާރުކުރެއްވި ކަމެއް އެގެން ނެތެވެ."
މިއެންމެހާ ރިވާޔަތެއްވެސް ރިވާކުރައްވާފައިވަނީ އަބޫ ބަކުރު އިބްނު އަބީ ޝައިބާ އެކަލޭގެފާނުގެ "އަލް-މުޞައްނަފު" ގައެވެ.(5)
ފައިދާއެއް: އައްނަވަވީ އާއި އިބްނު ޙަޖަރު ފާހަގަ ކުރެއްވިގޮތުން މިއީ އަލްބުޚާރީގެ ވެސް ރައުޔެވެ. އިބްނު ރަޝީދު ވިދާޅުވިއެވެ: "އަލްބުޚާރީ މިމައްސަލައިގައި އެއްބަސް ވެލެއްވީ ޙަނަފީންނާއި އެވެ. އެއީ އެވެރިންނާއި ގިނަގުނަކޮށް (އެހެންކަންކަމުގައި) ޚިލާފުވުމާއި އެކުގައެވެ. އެހެނަސް މިނިންމެވުމަށް ވަޑައިގެންނެވީ ދަލީލުގެ މައްޗަށެވެ." (6)
____________
(4) އަބޫ ޢަލީ ޙަސަނީ ވިދާޅުވިއެވެ: މިއީ ޞައްޙަ އެކަލޭގެފާނު އަރިހުން ޘާބިތު ބަސްފުޅެކެވެ.
(5) އަލް-މުޞައްނަފު (ޖުޒުޢު 2 ޞ. 398)
(6) އިތުރަށް ބައްކަވާ
އިސްތިޣްފާރު އިތުރުކުރޭ!
”....މައިންބަފައިންނަށް ޓަކައި އިސްތިޣްފާރު ކުރުމަކީ ވަފާތެރި ވުމުގެ ތެރެއިންވާ ކަމެކެވެ. އަދި ﷲ ވަފާތެރިން ދެކެ ލޯބިވެ ވޮޑިގެންވެ އެވެ. އަދި ތިބާ މައިންބަފައިންނަށް ރަޙުމްކުރެއްވުމަށް އެދި ދުޢާ ކުރާނަމަ، މިއީ އަލް-ބިއްރު، އެބަހީ، ކިޔަމަންގަތުމުގެ ތެރެއިންވާ ކަމެކެވެ. އަދި އަލް-ބިއްރަކީ ޖަންނަތަށް މަގުދައްކާ އެއްޗެކެވެ.
އެހެންކަމުން މިރޭތަކުގައި ކުރެވޭ މަތިވެރި ކަންކަމުގެ ތެރޭގައި ތިބާގެ އަމިއްލަ ނަފުސަށާއި މައިންބަފައިންނަށް، އަދި މުސްލިމުތަކުންނަށް އިސްތިޣްފާރު ކުރުން ހިމެނެއެވެ. އެހެނީ (މުސްލިމުތަކުންގެ) މަރުވެފައިވާ މީހުންނާއި ދިރިތިބީންނަށް ތިބާ އިސްތިޣްފާރު ކުރަނީ ނަމަ ﷲ އެއިން ކޮންމެ މީހަކަށް ޙަސަނާ އެއް ތިބާއަށް ލައްވަވައެވެ. އެހެނީ ތިބާތީ މުޙްސިން ނެކެވެ. އަދި ތިބާގެ މުސްލިމު އަޚުންނަށް ތެދުވެރި މީހެކެވެ. ވީމާ އިސްތިޣްފާރު ގިނަގުނަ ކުރާށެވެ...“
— އަހަރެމެންގެ ލޮބުވެތި ޝައިޚް، އަލްމުޙައްދިޘް ޑރ. މާހިރް ޔާސީން އަލްފަޙްލު (حفظه الله) ގެ ރަމަޟާންގެ ފަހު ދިހައެއްގެ ވަޞިއްޔަތުގެތެރެއިން.
~ ގަލަންދާނު
ޒަކާތާއި ބެހޭ ބައެއް ފިޤުހު
➊ (ހ) ފިޠުރު ޒަކާތުގެ މިންވަރަކީ ޞާޢު އެވެ. (ށ) އަދި އެއީ އެތަނެއްގެ ޢާންމު ކާނާއިންނެވެ. (ނ) އަދި އެކަމުގެ ވާޖިބުކަން ކޮންމެ މުސްލިމަކަށް ވެއެވެ. [ކިޔާލުމަށް]
➋ އަސީރުން ފިތުރު ޒަކާތް ނެރެން ޖެހުމާއި މެދު، ޚުލާސާ [ކިޔާލުމަށް]
➌ ފިޠުރު ޒަކާތް ދޭން ޖެހެނީ ކޮން ބަޔަކަށް؟ [ކިޔާލުމަށް]
➍ ޒަކާތް ދިނުން ވަނީ މުއުމިނުންނަށެވެ. [ކިޔާލުމަށް]
➎ ފިޠުރު ޒަކާތް ނެރުން ވަނީ އެމީހެއް ރޯދަމަސް ނިންމާ ބިމެއްގައެވެ. [ކިޔާލުމަށް]
➏ ފިޠުރު ޒަކާތް އަމިއްލަޔަށް ބެހުން މޮޅުއިތުރެވެ. [ކިޔާލުމަށް]
➐ ގާތްތިމާގެ މީހުންނަށް ޒަކާތް ހޭދަކުރުން [ކިޔާލުމަށް]
➑ މިކަމުގެ މައްޗަށް: ފައިދާއެއް [ކިޔާލުމަށް]
➒ ފިޠުރު ޒަކާތް ނެރުމަށް އެންމެ ފަހު ވަޤުތަކީ ކޮބާ؟ [ކިޔާލުމަށް]
➓ ފިޠުރު ޒަކާތް ކިހާ ދުވަހެއް ކުރިން ނެރެވިދާނެ ހެއްޔެވެ؟ [ކިޔާލުމަށް]
⓫ ޚުލާޞާ: ފައިސާއިން ފިޠިރު ޒަކާތް ނެރުން [ކިޔާލުމަށް]
⓬ ޞައްޙަ އާއި ބާޠިލާއި ދެމެދު: އެހެން މީހަކަށްޓަކައި ޒަކާތް ނެރެދިނުން [ކިޔާލުމަށް]
⓭ "ޞާޢު ޘާބިތެވެ. މިންވަރުގައި ޚިލާފެވެ. އަދި އަރައިރުން ވުމީ ޖަހާލަތެވެ." [ކިޔާލުމަށް]
~ ގަލަންދާނު
https://telegra.ph/Taghutah-Kaafaru-kurun-04-27
Читать полностью…
•.
سَأقْبِلُ يَا خَالِقِي مِنْ جَدِيدٍ
އަނެއްކާވަސް އަޅު، އޭ އަޅާގެ ޚާލިޤެވެ! އިބަ އިލާހުގެ ގާތަށް އައިސްފީމެވެ.
كَمَا أَنْتَ مِنِّي إِلَهِي تُرِيدُ
އެ އީ އިބަ އިލާހު އަޅާގެ ކިބައިން އެދޭ ގޮތުގެ މަތީންނެވެ.
وَأَرْجُو إِذَا أَنْتَ تَقْبَلُنِي
އަޅާގެ އާދޭހީ، އިބަ އިލާހުގެ ޤަބޫލެވެ.
جِنَانُ الْخُلُودِ وَمِنْكَ الْمَزِيدُ
ދާއިމީ ޖަންނަތްތައް ދެއްވުމާއި އަދި މީގެ އިތުރުންވެސް އެވެ.
عَصَيْتُكَ رَبِّي فَأَمْهَلْتَنِي
އަޅާ އިބަ އިލާހަށް އުރެދިއްޖައީމެވެ. އެހެނަސް އިބަ އިލާހު އަޅާ އަށް ވަގުތުދެއްވަ އެވެ.
وَتَسْتُرْنِي رغْمَ أَنِّي عَنِيدٌ
އަދި އަޅާގެ ފާފަ ސިއްރުކުރައްވަ އެވެ. އަޅާ ގެ ގޮއިދޫނުކުރުމާއި އެކުވެސް އެވެ.
لِأَنَّكَ رَبِّي غَفُورٌ وَدُودٌ
އެހެނީ ތިއީ ޣަފޫރު ވަންތަ ވަދޫދު ވަންތަ އިލާހެވެ.
رَحِيمٌ بِكُلِّ الْوَرَى وَالْعَبِيدِ
އަދި ކޮންމެ ޚަލްޤަކާއި އަޅަކަށް ރަހީމް ވަންތަ އިލާހެވެ.
أَتَيْتُكَ يَا خَالِقِي بَاكِيًا
އިބަ އިލާހު ހަޒުރަތަށް އަޅާ މި އައީ ކަރުނަ އަޅަމުއްނެވެ.
وَدَمْعُ الْأَسَى كُلَّ حِينٍ يَزِيدُ
އަދި އަޅާގެ ހިތާމައިގެ ކަރުނަ އިތުރުވެ ފޯވަމުންދެ އެވެ.
فَقَدْ قُلْتَ فِي الْآيِ لَا تَقْنَطُوا
ގައިމެވެ، އިބަ އިލާހު އާޔަތެއްގައި ވަހީކުރެއްވި އެވެ:
އުއްމީދު ކަނޑާ ނުލާށެވެ.
وَإِنْ تَعْفُوا عَنِّي فَذا يَوْم عِيدٍ
ފަހެ އިބަ އިލާހު އަޅަށް އަފޫ ކުރައްވައިފިތަ؟
އެ އީ އުފަލުގެ އީދެކެވެ.
سَأَتْرُك يَا رَبِّي ذَنْبا مَضَى
އަޅާގެ ފާފަތަށް ދޫކޮއްލާހުށީމެވެ.
وَأقْبَلَ نَحْوَ الرِّضَى وَالنَّعِيمِ
އޭ އަޅުގެ ރައްބެވެ! އަދި އިބަ އިލާހުގެ ރުއްސެވުމާއި ނިއުމަތަށް ކުރިމަތިލަމެވެ.
أُحِبُّكَ رَبِّي وَهَذَا رَجَايِ
އަޅާ އިބަ އިލާހަށް ލޯބި ކުރަމެވެ. އޭ އަޅުގެ ރައްބެވެ. މިއީ އަޅުގެ އުއްމީދެވެ.
بِأَنَّكَ تَقبلُنِي يَا كَرِيمُ
އިބަ އިލާހު އަޅާގެ (ތައުބާ) ޤަބޫލުކުރެއްވުމެވެ. އޭ ދީލަތިވަންތަ އިލާހެވެ!
~ ގަލަންދާނު
سَأُقْبِلُ يَا خَالِقِي مِنْ جَدِيدٍ
އަނެއްކާވަސް އަޅު، އޭ އަޅާގެ ޚާލިޤެވެ! އިބަ އިލާހުގެ ގާތަށް އައިސްފީމެވެ.
~ ގަލަންދާނު
📚
ސުވާލު: ރަމަޟާން މަހުގެ ފަހު ދިހައިގާ ޞަދަގާތް ދިނުންތޯ ނޫނީ އެދުވަސްތަކުގެ ރޭތައް ނަމާދާއި ޛިކުރުގައި ހޭދަކުރުންތޯ މޮޅުއިތުރުވެގެންވަނީ؟
ޖަވާބު:
އެންމެހާ ޙަމްދެއް ވަނީ الله އެށެވެ.
ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަރިހުން ރަމަޟާން މަހުގެ ފަހުދިހަ އިހްޔާ ކުރުމުގެ މައްޗަށް ރިވާވެފައިވަނީ އޭގައި ނަމާދުކޮށް ޛިކުރު ކުރުމުގެ މައްޗަށެވެ.
ރޯދަމަހު ޞަދަޤާތް ކުރުން އެހެން މަސްތަކަށްވުރެ ހެޔޮވެގެންވެއެވެ. އެހެނަސް ފަހުދިހައިގާ "ޞަދަޤާތް ދިނުން" ވަކިން ޚާއްޞަކޮށް މޮޅުއިތުރުކަމަށް އަހަރެމެންނަށް އެއްވެސް އެއްޗެއް ސުންނަތުން އެނގޭކަށްނެތެވެ.
އެހެނަސް އިލްމުވެރިން ހެޔޮޢަމަލުތައް މާތް ވަޤުތު ތަކުގައި ކުރުން ހެޔޮވެގެންވާކަމަށް ވިދާޅުވެއެވެ. އަދި އެއްވެސް ޝައްކެތްނެތް ގޮތުގައި ރަމަޟާން މަހުގެ ފަހުދިހަޔަކީ އެހެން އެންމެހާ ރޭތަކަށްވުރެ މޮޅުއިތުރު ރޭތަކެކެވެ. އެހެނީ ލައިލަތުލް ޤަދުރި ވަނީ އެރޭތަކުގެ ތެރެއިން ރެއެއްގައިކަމެވެ. އެއީ އެއްހާސް މައްސަރަށްވުރެ މޮޅުއިތުރު ރެއެކެވެ.
ކޮންމެއަކަސް، މުސްލިމުންގެ މައްޗަށް ޝަރުޢުވެގެންވަނީ މުޅި ރޯދަމަހުގެ ތެރޭގައި ގިނަގިނަކޮށް ޞަދަޤާތް ދިނުމަށެވެ. "ނަބީ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ވީ މީސްތަކުންގެ ތެރެއިން އެންމެ ދީލަތިވަންތަ ބޭފުޅާއަށެވެ. އަދި އެކަލޭގެފާނު އެންމެ ދީލަތިވެލެއްވީ ރަމަޟާން މަހުގައެވެ." މިއީ އަލް ބުޚާރީ 6 އަދި މުސްލިމް 2308 ގައި (އިބްނު ޢައްބާސް ގެ އަރިހުން) ރިވާވެފައިވާ ފަދައިންނެވެ.
އަދި الله މޮޅަށް ދެނެވޮޑިގެން ވެއެވެ.(1)
ނޯޓް:
الله އަށް ކުއްތަންވެވޭ ހެޔޮ ޢަމަލުތައް ގިނަކުރުން ރަމަޟާން މަހުގައިވެއެވެ. އަދި އޭގެ ފަހުދިހައިގެ ރޭތައް އެހެން އެންމެހާ ރެއަކަށްވުރެ މޮޅުއިތުރެވެ. ޞަދަޤާތާއި އެނޫން ޢަމަލުތަކުގައެވެ. އަދިއެހެނަސް ޞަދަޤާތަކީ ފަހު ދިހައިގައި ދިނުން ވަކި ޚާއްޞަ އަދި މޮޅުއިތުރު އެއްޗެއްކަމަށް ނޫނީ ވަކި މިވެނި އަދަދެއް ދިނުން މޮޅުއިތުރުކަމަށް ކަނޑައެޅުމަކީ ސުންނަތާއި ޚިލާފުކަމެކެވެ. މިހެން ކަނޑަ ނާޅައި އެފަދަ އެންމެހާ ހެޔޮޢަމަލެއް، ޞަދަޤާތް ދެވޭނެމީހާ ޞަދަޤާތް ދީ ހެދުމަކީ ކުއްތަންވުމުގެ ޢަމަލުތަކުގެ ތެރެއިން ހިމެނޭ ހެޔޮކަންކަމެވެ.
އަދި ނަބިއްޔާ ﷺ ލައިލަތުލް ޤަދުރި ވިލާރެޔަށް ބާރުއަޅުއްވާފައިވަނީ ރޭއަޅުކަމަށެވެ. ޙަދީޘް ކުރެއްވިއެވެ: { مَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ } "އީމާންވެހުރެ، (ﷲގެ ޙަޟްރަތުން) ޘަވާބާއި ދަރުމައަށް އެދޭ ހާލު ލައިލަތުލް ޤަދުރި ވިލޭރޭ ޤިޔާމް (ރޭއަޅުކަން) ކޮށްފިމީހާ (ދަންނާށެވެ.) އޭނާގެ އިސްވެ ގޮސްފައިވާ ފާފަތައް ފޮހެވިގެންދާނެއެވެ."
އަދި މީގެ ތެރޭގައި ޤުރުއާން ތިލާވަތް ކުރުމާއި ދުޢާ އާއި ނަމާދު އެކުލެވެއެވެ. އެހެންކަމުން އެރޭގައި ޤިޔާމަށް ވުރެ މޮޅު އިތުރު އެހެން އެއްވެސް ޢަމަލެއް ނުވެއެވެ.
📌ފައިދާއެއް
ޢައިޝާ އަރިހުން އަލްބުޚާރީ އަދި މުސްލިމް ރިވާކުރެއްވިއެވެ: "ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ރަމަޟާން މަހުގެ ފަހު ދިހައިގާ (މިސްކިތު) އިއުތިކާފުގައި ހުންނެވިއެވެ. އެއީ ﷲ عَزَّ وَجَلَّ އެކަލޭގެފާނު މަރުގެންމެވުމާއިހަމައަށެވެ. އެކަލޭގެފާނުގެ އަނބިއަނބިކަބަލުން އެކަލޭގެފާނަށްފަހު އެފަދައިން އިއުތިކާފު ކުރެއްވުމުގައި ދެމިތިއްބެވިއެވެ."
އިމާމް އައްޝަފިޢީ ވިދާޅުވިއެވެ: "ނަބިއްޔާގެ މިސާލަށް ތަބައުވެ ރޯދަމަހުގެ ފަހުދިހައަށް އިއުތިކާފުވުމަށް އެދިއްޖެ ކޮންމެ މީހެއް، އެކާވީސްވަނަ ދުވަހުގެ ރޭ އިރުއޮއްސުމުގެ ކުރިން މިސްކިތަށް ވަންނަހުއްޓެވެ."
_____
(1) އިސްލާމް ސުވާލާއި ޖަވާބު Islamqa ފަތުވާ ނަންބަރ. 37720
~ ގަލަންދާނު
📌 ނޯޓް: ފިޠުރު ޢީދުގައި ވެސް ތަކްބީރު ކިޔުން ވެއެވެ. އެހެނަސް އެއީ ފިޠުރު ޢީދު ވިލޭރެއިން ފެށިގެން ޢީދު ޚުޠުބާގެ ނިޔަލަށެވެ.
Читать полностью…
🔻 މިއީ ބޮޑުވެގެންވާ ނިޢުމަތަކަށް ވެވޭ ޝުކުރެކެވެ.
އީމާން ކަން ބަލިކަށި ބައެއް މީހުން، ޢީދުގައި އުފާ ކުރަނީ ރަމަޟާން މަސް ނިމި އޭގައި ކުރެވޭ އަޅުކަން އަވަދިވީތީއެވެ. އެއީ އެއަކީ އެވެރިން ބުރަކަށިމައްޗަށް ލެވުނު ބުރައެއް ފަދައިންނެވެ. މިބައިމީހުން ވަނީ ބޮޑުވެގެންވާ ނުރައްކަލެއްގެ ތެރޭގައެވެ. ފަހެ މުއުމިނުތަކުން ޢީދުގައި އުފައު ކުރަނީ، ﷲ تعالى އެވެރިންނަށް އެމަސް ފުރިހަމަ ކުރުމުގެ ތައުފީޤު ދެއްވީތީއެވެ. އަދި ރޯދަތައް ފުރިހަމަ ކުރެވުނީތީއެވެ. އެހެންކަމުން ﷲ އަށް މި ނިޢްމަތަށްޓަކައި ޝުކުރުވެރި ވެއެވެ.
— އައްތަޛްކިރާ
~ ގަލަންދާނު
🔻 ޢީދުގެ މަޤުޞަދު ތަކުގެ ތެރޭގައިވާ އެކައްޗަކީ، ނިކަމެތީންނާއި ބަލިކަށީން މަތީން ހަނދުމަކުރުމެވެ. އަދި ފަޤީރުންނާއި ޟަރޫރަތްތަކަށް ބޭނުން ޖެހިފައިވާ މީހުންނަށް ފަސޭހަކޮށް ދިނުމެވެ. އަދި އެދުވަހުގައި ސަލާން ޖަހަން ނުޖެހޭވަރަށް، އެވެރިން މުއްސަނދި ކޮށް ދިނުމެވެ. އެއީ ކޮންމެ ގެއެއްވެސް އޭގެ އުފާ ގައި ޝާމިލު ކުރުވުމަށެވެ. އަދި ކޮންމެ ޢާއިލާއަކަށް ވެސް އެ އުފާ ފޯރުކޮށްދިނުމެވެ. އަދި އުޟްޙިޔާ އާއި ފިޠުރު ޒަކާތް ޝަރުޢުވެވުނީ މިސަބަބަށްޓަކައެވެ.
— އައްތަޛްކިރާ
~ ގަލަންދާނު
➎ « ފިތުރު ޒަކާތް ލިބުން ޙައްޤުވާ މީހުންނަކީ ކޮބާ؟ »
—މިއީ ގަލަންދާން "ފިޠުރު ޒަކާތުގެ ފިޤުހު" ލިޔުމުގެ އޯޑިއޯ އެކެވެ. އޯޑިއޯ ޝާއިޢު ކުރެއްވީ "ހިދާޔަތް ރޭޑިއޯ" އިންނެވެ.
➌ « ފިތުރު ޒަކާތް އަމިއްލަޔަށް ބެހުން މޮޅުއިތުރެވެ. »
—މިއީ ގަލަންދާން "ފިޠުރު ޒަކާތުގެ ފިޤުހު" ލިޔުމުގެ އޯޑިއޯ އެކެވެ. އޯޑިއޯ ޝާއިޢު ކުރެއްވީ "ހިދާޔަތް ރޭޑިއޯ" އިންނެވެ.
➊ « ފިތުރު ޒަކާތް ކިހާ ދުވަހެއް ކުރިން ނެރެވިދާނެބާ؟ »
—މިއީ ގަލަންދާން "ފިޠުރު ޒަކާތުގެ ފިޤުހު" ލިޔުމުގެ އޯޑިއޯ އެކެވެ. އޯޑިއޯ ޝާއިޢު ކުރެއްވީ "ހިދާޔަތް ރޭޑިއޯ" އިންނެވެ.
ފިޠުރު ޒަކާތުގެ ފިޤުހު
~ ގަލަންދާނު
Download [pdf]
(1.3mb)
❸
އަލް-ޢުލްވާން ނަޤުދު ފައިސާއިން ޒަކާތް ދިނުން ހުއްދަކަމަށް ފަތުވާދެއްވައި، އޭގެ ޚުލާޞާގެ ތެރޭގައި ވިދާޅުވިއެވެ:
"ހ. ނަބިއްޔާ ﷺ އަރިހުން، އަދި އެއްވެސް ޞަޙާބީ އެއްގެ އަރިހުން، އެއަށްވާ އަގު ދެއްކުން ޙަރާމްކޮށް އެއްވެސް އެއްޗެއް ޘާބިތެއް ނޫނެވެ.
ށ. ވަކިވައްތަރެއްގެ ތަކެތި ނަންގަނެވިފައިވާ ޙަދީޘް ތައް، އެއާއި އެއްފަދަ ތަކެތި ޙަރާމް ވާނޭ ކަމަކަށް ދޭހަނުވެއެވެ. މިއަށް ދަލީލަކީ، ޞަޙާބީން _رضي الله عنهم_ ގޮދަން ނެރުން ހުއްދަ ކުރެއްވިއެވެ. އަދި މިއީ ނައްޞުން އައިސްފައި ނުވާ އެއްޗެކެވެ. އެއީ ހިމަ ގޮދަނާއި، ކަދުރާއި މިފަދަ ޞައްޙަ ޙަދީޘް އިން އައިސްފައިވާ ތަކެއްޗާއި ޚިލާފަށެވެ.
ނ. ޞަޙާބީން ގެ ތެރެއިން އެތައް ބޭކަލެއް، އަދި ކިޔެއް؟ މުޢާވިޔާގެ ދައުރުގެ ވީ އެބޭކަލުންގެ ގިނަ ބޭކަލުން، ކަދުރު ގެ ޞާޢު އެއްގެ ބަދަލުގައި ޝާމް ގެ ސުމްރާއު (ބުރައުން ގޮދަން) ގެ 1/2 ޞާޢު ނެރުން ހުއްދަކުރެއްވިއެވެ. އަދި މިއީ ކަދުރު ނޫނީ ހިމަ ގޮދަން އަދި މިފަދަ ތަކެތިއާއި (އަގުކުރުމުގައި) އޭގެ ބައި ޞާޢު އެއްހަމަ ކަމަށް އެބޭކަލުން ދެކިލެއްވިކަމަށް ދަލީލެކެވެ." (އެބަހީ، ކަދުރު ޞާޢު އެއް ނެރުމުގެ ބަދަލުގައި އެޔާއި އަގުގެ ގޮތުން އެއްހަމަ ވާނޭ އެހެން އެއްޗެއް ނެރުމެވެ. ނުވަތަ އޭގެ އަގަށް ބަލައިގެން ޒަކާތްނެރުމެވެ. އަދި ހަނަފީންގެ ރައުޔަކީ މިއީއެވެ. އެހެންކަމުން އެއަށް އެއްހަމަވާ ފައިސާ ނެރުން ހުއްދައެވެ.)
ޝެއިޚް އަބޫ ޢަލީ އަލް ޙަސަނީ ވިދާޅުވިއެވެ:
"ނަބިއްޔާ ﷺ އެ ނެރުއްވީ ކާތަކެތިންނެވެ. އަދި އަޞްލަކީ މިއީއެވެ. އަދި ބައެއް ޞަޙާބީން މާލުން (އެބަހީ ކާތަކެއްޗަށް އަގުކުރެވޭ އެއްޗެއް ނޫނީ ދިރުހަމުން) ނެރުއްވިއެވެ. އަދި ތާބިޢީން މާލުން ނެރުމުގެ ޖާއިޒުކަމަށް އިޖުމާޢުވެލެއްވިއެވެ. އަދި ޞަޙާބީންނާއި ތާބިޢީންގެ ފަހުމުގެ މަތީ ދަލީލުތައް ދެނެގަނެވި އޭގެ މައްޗަށް މީސްތަކުން ޢަމަލުކުރުން ވެއެވެ. އަދި މިމައްސަލައަކީ ލުއި މައްސަލައެކެވެ. އެހެންކަމުން ޚިލާފުވާ މީހާގެ މައްޗަށް ޢައިބު ކިޔުމެއް ނުވެއެވެ."
އަހަރެން ބުނަމެވެ: އެހެންކަމުން މިބަޔާން ވެވުނު ދަލީލުތަކުގެ މައްޗަށް މިކަމުގެ އަޞްލަކީ ހުއްދައެވެ. ވީމާ މިކަމުގައި ޙާއްޖަތެއް ނޫނީ މަޞްލަޙަތެއް އެކުލެވޭނަމަ އަދި ކޮބައިހެއްޔެވެ؟ އަދި މިއާއި އެކުވެސް ބުނަމެވެ: އައުލާކަން ބޮޑީ ކާތަކެތިން ނެރުމެވެ. މިކަމުގައި ޝައްކެތްނެތެވެ.
~ ގަލަންދާނު
➊
📚 ޚުލާޞާ: ފައިސާއިން ފިޠިރު ޒަކާތް ނެރުން
އައްސަރްޚަސީ ވިދާޅުވިއެވެ:
"އަހަރެމެންގެ މަޛުހަބުގައި (އެބަހީ ޙަނަފީ މަޛުހަބުގައި) ގޮދަމުގެ އަގަށް ފައިސާ ދިނުން ހުއްދައެވެ. އެހެނީ މިކަމުގެ މިންގަނޑަކީ މީސްތަކުންގެ ޙާޖަތްތައް ފުއްދުން ކަމުގައި ވުމުންނެވެ. އަދި މިކަން، ފިޠުރު ޒަކާތް ފައިސާ އިން ދިނަސް އަދި ގޮދަމުން ދިނަސް ޙާޞިލްވެއެވެ. އެހެނަސް އައްޝާފިޢީ މިކަން ހުއްދަ ނޫން ކަމަށް ދެކިލައްވައެވެ. މި (ފިޠުރު ޒަކާތް ތަކެތިން ނޫނީ އެއަށް އަގުކުރެވޭ ފައިސާއިން ނެރުމުގެ މައްޗަށްވާ) އިޚްތިލާފު ބިނާވެގެންވަނީ ދަނޑުގޮވާމަށް ޒަކާތް ނެރުމުގެ (އެބަހީ މުދަލު ޒަކާތުގެ) މައްޗަށެވެ. (އެބަހީ މުދަލު ޒަކާތް ފައިސާއަށް ވާ މިންވަރުން ދެއްކޭނެތޯ ނުވަތަ ނޫންތޯ އާއިމެދު އޮންނަ އިޚްތިލާފުގެ މައްޗަށެވެ.)
އަބޫ ބަކްރު އަލް-އަޢްމަޝް ވިދާޅުވަނީ: "އެއަށް އަގުކުރެވޭ ފައިސާއަށް ވުރެ (ފިޠުރު ޒަކާތް ދިނުން) މޮޅު އިތުރީ ގޮދަމުން ދިނުމެވެ. އެހެނީ މިކަން ނަބިއްޔާ ﷺ ގެ ޙަދީޘްފުޅުގެ ބޭރުފުށަށް ދޭހަވާ މާނައާއި އެއްގޮތްވެގެން ވެއެވެ. އަދި ޢިލްމުވެރިންގެ އިޚްތިލާފުން ސަލާމަތްވެ، އެހެންކަމުން، ދީނީ ގޮތުން ރައްކާތެރިކަން ބޮޑެވެ." (މިއާ ޚިލާފަށް) އަބޫ ޖަޢްފަރު ވިދާޅުވަނީ: "އަގު ކުރެވޭ މިންވަރު ދިނުން މޮޅުއިތުރެވެ. އެހެނީ މިކަމުގައި ފަގީރުންނަށް މަންފާކުރުން މާގާތެވެ. އެވެރިންނަށް ބޭނުންޖެހިފައިވާ ޙާޖަތްތައް ވަަޤުތުން ގަނެވެއެވެ."
ނަބިއްޔާ ﷺ ގެ ޒަމާނުގައި، ގޮދަމާއި ހިމަ ގޮދަން ކަނޑައަޅުއް ވާފައިވާ ސަބަބަކީ، އެއަކީ އޭރު (ފައިސާ ފަދައިން) ގަނެވިއްކުމަށް (ބާޓާއަށް) ބޭނުން ކުރެވުނު ތަކެއްޗެވެ. އެހެނަސް މިތާގައި (މިހާރު)، ގަނެވިއްކުމުގެ އަސާސީ އެއްޗަކީ ނަޤުދު ފައިސާއެވެ. އެހެންކަމުން ފިޠުރު ޒަކާތް ފައިސާއިން ދިނުން އެދެވިގެން ވެއެވެ."(1)
އައްޘަޥްރީ އާއި އިސްޙާޤް އިބްނު ރާޙަވައިހް އަދި އަބުއް ޘަޥްރު ވެސް މިރައުޔު ނެންގެވިއެވެ. އެބަހީ ފައިސާއިން ދެއްކުމުގެ ހުއްދައިގެ މައްޗަށެވެ. އެހެނަސް އައްނަވަވީ "މަޖްމޫޢު ޝަރަޙް އަލް-މަޛްޙަބް" (ޖުޒުޢު 6 ޞ. 112) ގައި ބަޔާން ކުރައްވާފައިވާ ފަދައިން، މިބޭކަލުން މިކަން ޙުއްދަކުރެއްވީ ޟަރޫރަތުގެ ޙަލަތުގައެވެ.
ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ގެ ރައުޔަކީވެސް ޟަރޫރަތުގެ މައްޗަށް އަދި މީސްތަކުންގެ ޢާންމު މަޞްލަޙަތުގެ މައްޗަށް އެކަން ހުއްދަކަމުގައެވެ. ވިދާޅުވިއެވެ:
"ދެންފަހެ، މުދަލަށްވާ އަގު، ޒަކާތާއި، ކައްފާރާ އަދި މިފަދަ ކަންކަމުގައި، މާލިކު އާއި އައްޝާފިޢީގެ މަޛްހަބުގައި އެނގި ބަޔާންވެފައި ވާގޮތުން (މިކަން) ޖާއިޒެއް ނޫނެވެ. އަދި އަބޫ ޙަނީފާގެ އަރިހު ޙުއްދައެވެ. އަދި އަޙްމަދު رحمه الله ބައެއް ތަންތާގައި އަގުކުރުން މަނައު ކުރައްވާފައިވެއެވެ. އަދި އަނެއްބައި ތަންތަނުގައި ހުއްދަ ކުރައްވާފައިވެއެވެ. އަދި އެކަލޭގެފާނުގެ ދަރިވަރުން ތެރެއިން އެ ނައްޞާއި އެއްބަސްވެލެއްވި ބޭކަލުން ވިއެވެ. އަދި މިއިން ފާޅުވަނީ: ޙާއްޖަތެއް އަދި މަޞްލަޙަތެއް ނުވޭމެ، އަގަށްވާ ފައިސާ ނެގުން އެކަލޭގެފާފާނު އަރިހުން މަނައުކަމެވެ..." އިތުރަށް މިހެން ވިދާޅުވުމާއި ހަމައަށެވެ: "...ދެންފަހެ ޙާއްޖަތަކަށްޓަކައި، ނުވަތަ މަޞްލަޙަތަކަށް ނޫނީ ހަމަހަމަކުރުމަށްޓަކައި، އެޔަށްވާ ފައިސާ ނެރުން، މިކަމުގައި މައްސަލައެއް ނެތެވެ."(2)
އަދިވެސް ވިދާޅުވިއެވެ: "ދެންފަހެ އެޔަށްވާ ނަގުދު ފައިސާ ދިނުން، މިކަމުގައި (ޢިލްމުވެރިން) ދެބަސްވެފައިވެއެވެ. އެމުޅިއެއްކޮށް ޖާއިޒުހެއްޔެވެ؟ ނުވަތަ މުޅިއެއްކޮށް ޖާއިޒުވެގެން ނުވޭހެއްޔެވެ؟ ނުވަތަ ބައެއް ސިފަތަކުގައި ޙާއްޖަތަށްޓަކައި ނުވަތަ ޞައްޙަ މަޞްލަޙަތަކަށްޓަކައި ހުއްދަހެއްޔެވެ؟ - އަޙްމަދު އާއި އެނޫންބޭފުޅުންގެ މަޛުހަބުގައި ވަނީ ތިންވަނަ ބުނުމުގެ މައްޗަށެވެ. އަދި ރައުޔުތަކުގެ ތެރެއިން ޞައްޙަކަން ބޮޑީ މިރައުޔެވެ." އެބަހީ، ފަހުން ބުނެވުނު ގޮތެވެ.(3)
___________
(1) އަލްމަބްސޫތު (ޖުޒުޢު 3 ޞ. 107 - 108)
(2) މަޖްމޫޢު އަލްފަތާވާ (ޖުޒުޢު 25، ޞ. 82-83)
(3) މަޖްމޫޢު އަލްފަތާވާ (ޖުޒުޢު 25، ޞ 79)
▫️
ސުވާލު : ޤުރުއާން ޚަތިމް ކުރުމުގެ ދުޢާ ގެ ޙުކުމަކީ ކޮބައިތޯއެވެ؟
ޖަވާބު : ނަމާދުގައި ޤުރުއާން ޚަތިމް ވުމުގެ ދުޢާ ކިޔުން ނަބިއްޔު ﷺ އަރިހުން ފޯރާފައި ނުވެއެވެ. އަދި އަޞްޙާބު ބޭކަލުން ތެރެއިން އެއްވެސް ބޭކަލެއްގެ އަރިހުންވެސްމެއެވެ. އަދި ފަހެ އަޅުކަންތަކަކީ (توقيفية) ތަޥްޤީފިއްޔާ ތަކެއްޗެވެ. (އެބަހީ އަޅުކަން ޝަރުޢުވުން ވަނީ ހަމައެކަނި ޤުރުއާނާއި ސުންނަތުން ޘާބިތުވުމުންނެވެ.) އަދި ދީނަށް އައުކަންތައް ގެނައުމަކީ ޙަރާމް ވެގެންވާ ކަމެކެވެ. އަދި ޤުރުއާނުން ވާރިދުވެފައިނުވާ، ސުންނަތުން ޘާބިތުވެފައި ނުވާ، އިޖްމާޢެއް އަދި ޞައްޙަ ޤިޔާސަކުން އެ ޝަރުޢުވާކަމަށް ދަލީލުނެތް އަޅުކަމަކުން ﷲ އަށް އަޅުވެތިވާ މީހާ، އޭނާ އެވަނީ ދީނުގައި ބިދުޢަ ހަދައި އޭގައި ނުހިމެނޭ ކަމެއް ގެނެސްގަނެފައެވެ. އަދި ނަބިއްޔު ﷺ މިޙަދީޘް ފުޅުގައިވާ ގޮތުގެ މަތީން އޭނާގެ އެޢަމަލު ވަނީ (ޤަބޫލު ނުވެވި) ރައްދުކުރެވިގެންނެވެ: (من أحدث في أمرنا هذا ماليس منه فهو رد) ”އަހަރެމެންގެ މިކަމުގައި އޭގައި ނުވާ އެއްޗެއް ގެނެސްފި މީހެއް ފުށުން އެކަންތައް ވަނީ (ޤަބޫލުނުވެވި) ރައްދުވެވިގެނެނެވެ.“ މިއީ ޢާއިޝާ ގެ ޙަދީޘް ތަކުން متفق عليه ޙަދީޘެކެވެ. (އެބަހީ: އަލްބުޚާރީ އާއި މުސްލިމް)
ދެންފަހެ ނަމާދުން ބޭރުގައި ޤުރުޢާން ޚަތިމުވުމުގެ ދުޢާ، މިކަން ވަނީ އަނަސް އަރިހުން ފޯރާފައެވެ. އަދި އެކަލޭގެފާނުގެ އަރިހުން ޘާބިތެވެ. ރިވާކުރެއްވީ އައްދާރިމީ އާއި އެނޫން ބޭކަލުންނެވެ. އަދި އެކަލޭގެފާނު ނޫން އެހެން އަޞްޙާބު ބޭކަލެއްގެ އަރިހުން އެކަން ޞައްޙަވެފައި ނުވެއެވެ.
— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން | فوائد منتقاة
~ ގަލަންދާނު
27 ރަމަޟާން 1443 ހ. ގެ ހަނދު (މަޞްދަރު)
~ ގަލަންދާނު
📌 (ކާފަރެއް ކާފަރު ނުކުރާ މީހާގެ ކުފުރު — މި ޤަވާޢިދުގެ ދަށުން، ޠާޣޫތަށް ތަކުފީރު ނުކުރާ މީހުންގެ އެކިއެކި ޙާލަތްތައް)
— އައްޝައިޚް އަޙްމަދު ބުނު ޙަމޫދުލް ޚާލިދީ (ثبته الله)
ފޮތް ”الإيضاح والتبيين في حكم من شك أو توقف في كفر بعض الطواغيت والمرتدين“ ގެ ހަތަރުވަނަ ބާބު ގެ ތެރެއިން.
މިފޮތަށް އިސްބަސް ލިޔުއްވި: ފަޟީލަތުއް ޝެއިޚް ޢަލީ ބުނު ޚުޟައިރުލް ޚުޟައިރް (ثبته الله)
~ ގަލަންދާނު
سَأُقْبِلُ يَا خَالِقِي مِنْ جَدِيدٍ
އަނެއްކާވަސް އަޅު، އޭ އަޅާގެ ޚާލިޤެވެ! އިބަ އިލާހުގެ ގާތަށް އައިސްފީމެވެ.
~ ގަލަންދާނު
🔻🔻
ކުރިޔަށް ހުރި ލިޔުން ތަކުގެ ތެރޭގައި:
📌 (ކާފަރެއް ކާފަރު ނުކުރާ މީހާގެ ކުފުރު — މި ޤަވާޢިދުގެ ދަށުން: ޠާޣޫތަކަށް ތަކުފީރު ނުކުރާ މީހުންގެ އެކިއެކި ޙާލަތްތައް)
— އައްޝައިޚް އަޙްމަދު ބުނު ޙަމޫދުލް ޚާލިދީ (ثبته الله)
ފޮތް ”الإيضاح والتبيين في حكم من شك أو توقف في كفر بعض الطواغيت والمرتدين“ ގެ ހަތަރުވަނަ ބާބު ގެ ތެރެއިން.
މިފޮތަށް އިސްބަސް ލިޔުއްވި: ފަޟީލަތުއް ޝެއިޚް ޢަލީ ބުނު ޚުޟައިރުލް ޚުޟައިރް (ثبته الله)
قريباً إن شاء الله
اللهُمَ أنْصُرْ الاسْلَمُ وَ الْمُسْلِمِينَ
اللهُمَّ أَعِزَّ الإِسْلامَ وَالمُسْلِمِينَ،
اللهُمَّ أَعِزَّ الإِسْلامَ وَالمُسْلِمِينَ، وَأَذِلَّ الشِّرْكَ وَالمُشْرِكِينَ وَدَمِّرْ أَعْدآءَ الدِّينِ وَاحْمِ حَوْزَةَ الإسْلامِ يَا رَبَّ العَالَمِينَ
اللهُمَّ انْصُرْ دِينَكَ وَكِتَابَكَ وَسُنَّةَ نَبِيِّكَ وَعِبادَكَ المُوَحِّدينَ
اللهُمَّ فُكَّ قَيْدَ أَسْرَانَا وَأَسْرىَ المُسْلِمِينَ، اللهُمَّ فُكَّ قَيْدَ أَسْرَانَا وَأَسْرَى المُسْلِمِينَ، اللهُمَّ فُكَّ قَيْدَ أَسْرَانَا وَأَسْرَى المُسْلِمِِِينَ، وَرُدَّهُمْ إِلُى أَهْلِهِمْ سَالِمِين