qalandhar | Unsorted

Telegram-канал qalandhar - Galandān ގަލަންދާނު

1843

ޢިލްމު އަދި އެއަށް ލޯބިކުރާ ދަރިވަރުންނަށް Notes by, ibn Fahmī Dīdī عفا الله عنه Friends & family

Subscribe to a channel

Galandān ގަލަންދާނު

•.
"صَلَّى عَلَيْكَ اللهُ مَا لَفَظَ الوَرَى
حَرفًا مِنَ الأذكَارِ والقُرآنِ". ﷺ ♥️

Читать полностью…

Galandān ގަލަންދާނު



📌 ހުކުރު ވިލޭރެޔާއި ހުކުރު ދުވަހު ނަބިއްޔު ﷺ އަށް ޞަލަވާތް ކިޔުން ޚާއްޞަ ވުން

ސުވާލު: ﷲ ތިބާއަށް ޢަފޫ ކުރައްވާށިއެވެ. ޝައިޚެވެ! ނަބިއްޔު ﷺ އަރިހުން ހުކުރު ވިލޭރެޔާއި ހުކުރު ދުވަހުގައި އެކަލޭގެފާނަށް ޞަލަވާތް ކިޔުމުގެ މާތްކަމާއި މެދު ވާރިދުވެފައިވޭ ހެއްޔެވެ؟

ޖަވާބު: އާއެކެވެ. މިކަމުގެ މައްޗަށް ގިނަ ޙަދީޘްތަކެއް ވާރިދުވެފައިވެއެވެ. ގާތްގަނޑަކަށް ފަނަރަ ޙަދީޘް އާއި ގާތްކުރެއެވެ. އެހެނަސް އެއިން އެއްވެސް އެއްޗެއް ޞައްޙައެއް ނޫނެވެ. އަދި އެހުރިހާ އެއްޗެއްވެސް މަޢްލޫލެވެ. (ޞައްޙަ ނޫންކަމުގެ ޢައިބު އެކުލެވެއެވެ.)

އަދި އެކަތި ކޮށްގެން އެ (ރިވާޔަތްތައް) ވަރުގަދަވެއެވެ. އެހެނީ (ސަނަދު ތަކުގެ) ބައެއް މަގުތައް ވަރުގަދައެވެ. އަދި ބައެއް ޢިލްމުވެރިން އޭގެ ތެރެއިން ބައެއް ރިވާޔަތްތައް ޞައްޙަ ކަމަށް ކަނޑައެޅުއްވި އެވެ. އަދި ހުކުރު ދުވަހާއި އޭގެ ވިލޭރޭ ނަބިއްޔު ﷺ ގެ މައްޗަށް ޞަލަވާތް ކިޔުމުގެ ފަޟުލު އާއިމެދު ވާރިދުވެފައިވާ ޙަދީޘްތައް އެކުލަވާލުމުގައި އެންމެ މޮޅުއިތުރު ފޮތުގެ ތެރޭގައިވަނީ އަލްއިމާމް އިބްނުލް ޤައްޔިމް -رحمه الله- ގެ «جلاء الأفهام في فضل الصلاة على سيد الأنام»

އަދި ހަމައެފަދައިން މިކަމުގެ މައްޗަށް ވާ ޙަދީޘްތައް އައްސަޚާވީ ވެސް ހަމަ ނަބިއްޔު ﷺ އަށް ޞަލަވާތް ކިޔުމުގެ ފަޟުލު އާއިމެދުވާ ފޮތުގައި އެކުލަވާލެއްވި އެވެ.

އަދި އަލްޙާފިޡް އިބްނު ކަޘީރު، ﷲ جل وعلا ގެ ބަސް ވަޙީ ﴿إِنَّ اللَّهَ وَمَلائِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا﴾ [الأحزاب: 56] — މިއާޔަތުގެ ތަފްސީރުގެ ދަށުންވެސް މީގެ ތެރެއިން ބައެއް (ރިވާޔަތްތައް) ޛިކުރުކުރެއްވިއެވެ.

އަދި ނަބިއްޔު ﷺ އަށް ޖުމްލަގޮތެއްގައި ޞަލަވާތް ކިޔުމަކީ ކަށަވަރުކޮށް ޝަރުޢުވެގެންވާ ކަމެކެވެ. އަދި އޭގައި މަތިވެރިވެގެންވާ ފަޟުލަކާއި ބޮޑު ޘަވާބެއް ވެއެވެ. އަދި ނަބިއްޔު ﷺ ޙަދީޘް ކުރައްވާފައިވެއެވެ: «مَنْ صَلَّى عَلَيَّ صَلاَةً صَلَّى اللهُ عَلَيْهِ بِهَا عَشْرًا» ”ތިމަންކަލޭގެފާނަށް ޞަލަވާތް ކިޔައިފި މީހަކަށް، ﷲ އޭނާގެ މައްޗަށް އެއިން ދިހަ ފަހަރު ޞަލަވާތް ލައްވަތެވެ.“ (ރިވާކުރެއްވީ) މުސްލިމް އެކަލޭގެފާނުގެ "ޞަޙީޙު" ގައެވެ. އަދި އަބޫ ހުރައިރާ ގެ ޙަދީޘް ތަކުންނާއި ޢަބްދު ﷲ ބުނު ޢަމްރު ބުނުލް ޢާޞްގެ ޙަދީޘްތަކުން މުސްލިމް މި ރިވާކުރެއްވިއެވެ.

އަދި ނަބިއްޔު ﷺ އަށް ޞަލަވާތް ކިޔުމުގައި އެންމެ މޮޅުއިތުރީ އިބްރާހިމިއްޔަ ޞަލަވާތެވެ. އަދި އޭގެ ވައްޓަފާޅިއަކީ: (اللّهُـمَّ صَلِّ عَلـى مُحمَّـد، وَعَلـى آلِ مُحمَّد، كَمـا صَلَّيـتَ عَلـى إبْراهـيمَ وَعَلـى آلِ إبْراهـيم، إِنَّكَ حَمـيدٌ مَجـيد ، اللّهُـمَّ بارِكْ عَلـى مُحمَّـد...) އޭގެ ނިޔަލަށެވެ.

އަދި ތިބާއަށް اللَّهُمَّ صَلِّ وَ سَلِّمْ عَلَى مُحَمَّدٍ ކިޔުންވެސް އެބައޮތެވެ. އެއީ ﷲ جل وعلا ގެ މި ވަޙީ ބަސްފުޅުގެ މައްޗަށެވެ: ﴿صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا﴾ [الأحزاب: 56] (...އަދި އެކަލޭގެފާނުގެ މައްޗަށް سلام ލެއްވުންއެދި ތިޔަބައިމީހުން ގިނަގިނައިން دُعَاء ކުރާށެވެ!“)

އަދި ނަބިއްޔު ﷺ ގެ މައްޗަށް ގިނަގުނައިން ޞަލަވާތް ކިޔުން މުސްތަޙައްބު ވެގެންވެއެވެ. އެއީ އުބައްޔު ގެ ޙަދީޘްގެ ދަލީލުގެ މައްޗަށެވެ. އެކަލޭގެފާނުގެ ނަބިއްޔު ﷺ އަށް ދެންނެވި ކަމަށެވެ: އަހަރެންގެ ދުޢާ ގައި ކަލޭގެފާނަށް ޞަލަވާތް އެކުލަވާލަންވީ ކިހާވަރަކަށްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ: (ما شئت) ”ތިބާ އެދޭ މިންވަރަކަށެވެ.“ ދެންނެވީމެވެ: ހަތަރުބައި ކުޅަ އެއްބައި ގައި އެކުލަވާލަންތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ: (ما شئت) ”ތިބާ އެދޭ މިންވަރަކަށެވެ.“ދެންނެވީމެވެ: އޭގެ ދެބައިކުޅަ އެއްބައިތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ: (ما شئت) ”ތިބާ އެދޭ މިންވަރަކަށެވެ.“ ދެންނެވީމެވެ: ތިންބައިކުޅަ ދެބައި ގައި އެކުލަވާލަންތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ: (ما شئت) ”ތިބާ އެދޭ މިންވަރަކަށެވެ.“ ދެންނެވީމެވެ: މުޅި ދުޢާ ގައި ކަލޭގެފާނަށް (ޞަލަވާތް) އެކުލަވާލަން ތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ: (إِذًا تُكْفَى هَمَّكَ وَيُغْفَرُ لَكَ ذَنْبُكَ) ”އެހެންވެއްޖެނަމަ ތިބާގެ ކަންބޮޑުވުންތައް ފުދި ތިބާގެ ފާފަތައް ތިބާއަށް ފުއްސެވޭނެތެވެ.“ އަދި މިރިވާޔަތަކީ އައްތިރުމިޛީ ގެ ރިވާޔަތެކެވެ. އަދި އޭގެ ސަނަދުގައި ޢަބްދު ﷲ ބުނު މުޙައްމަދު ބުނު ޢުޤައިލް ހިމެނެއެވެ. އޭނާއަކީ ހިތުންކިޔައިދިނުމުގައި ކުށްޖެހޭ އެހެނަސް (صدوق) ތެދުވެރިޔެކެވެ. އަދި (އެހެން ރިވާޔަތަކާއި) ޚިލާފުނުވާހިނދު، އަދި (ޙަދީޘްގެ) އަޞްލުގައި އޭނާ އެކަހެރިނުވާނަމަ، އެހިނދު އޭނާގެ ޙަދީޘްތަކަކީ ޖައްޔިދު (ބަރާބަރު) ޙަދީޘެވެ.

=

Читать полностью…

Galandān ގަލަންދާނު

ސާއަތަކީ ކޮބާ؟

ޤުރުއާނާއި ޙަދިޘް އަދި ޞަޙާބިންނާއި ސަލަފުންގެ ބަސްތަކުން ސާޢަތަކީ އައިސްފައިވާ ބަހެކެވެ. މިޒަމާނުގައި މިލަފުޒު ޢާންމުން ތެރޭ ބޭނުން ކުރެވެނީ ދުވާލުގެ 24 ގަޑި އިރު ތެރެއިން ގަޑި އިރަކަށެވެ. އެހެނަސް ޝަރުޢީ މާނައިގައި ސާޢަތަކީ މިޒަމާނުގައި މިވާފަދައިން 60 ސިކުންތާއި 60 މިނިޓާއި 24 ގަޑިއިރެއް ނޫނެވެ. އެހެނަސް ޢާންމު ގޮތެއްގައި ބޭނުން ކުރެވިފައިވަނީ "ދުވާލުގެ ވަޤުތުން ބަޔެއް” އަދި "ރޭގަނޑު ގެ ވަޤުތުން ބަޔެއް" ގެ ގޮތުގައެވެ. އަދި މިވަޤުތު އެ ބަސްފުޅަކުން މުރާދު ކުރާ އަދި އިސްތިއުމާލުވެވޭ ގޮތެއްގެ މަތީން ކުރުވުން ނޫނީ ދިގުވުން ހިމެނެއެވެ.

ހަމަ މިފަދައިން އާޚިރަތް ދުވަހަށްވެސް މި ލަފުޛު ބޭނުން ކުރެވެއެވެ. އަދި މިދެ މޭނާ އެއިލާހު تَعَالَى ގެ މި ވަޙީ ގައި ޝާމިލުވެފައިވެއެވެ:

وَيَوْمَ تَقُومُ ٱلسَّاعَةُ يُقْسِمُ ٱلْمُجْرِمُونَ مَا لَبِثُوا۟ غَيْرَ سَاعَةٍۚ

”އަދި "ސާޢަތު" ގާއިމު ވާހިނދު، ކުށްވެރިން "ސާޢަތަކަށް" މެނުވީ އެއުރެން ނުތިބޭކަމަށް ހުވާކުރާނެތެވެ...“(ސޫރަތުއްރޫމް 30:55)

ފުރަތަމަ ތަނުގައި އޭގެ މާނައަކީ ޤިޔާމަތުގެ ވަޤުތެވެ. ދެވަނަ ތަނުގައި، ޒަމާނެއްގެ ކުޑަ ވަޤުތު ކޮޅަކަށެވެ. މިއީ މިބައިމީހުން ދުނިޔޭގައި އިޞްލާހުވާން ލިބުނު ވަޤުތު މަދުކަމަށް ބުނެ ހުށަހަޅާ ޢުޛުރެކެވެ.

އެހެން ކަމުން ހުކުރު ދުވަހުގެ ދުޢާ ޢިޖާބަވާ ވަޤުތަކީ ވަރަށް ކުޑަ ސާޢަތެކެވެ. އަދި މިއާއި ޚިލާފަށް ކޮންމެ ރެއެއްގައި ވާ ދުޢާ ޢިޖާބަވުނުގެ ވަގުތު އެއަށްވުރެ ދިގެވެ. އަދި މިކަން އެނގެނީ މިއަށް ދޭހަވާ ޙަދިޘް ތަކުންނެވެ.

އަލްބުޚާރީ އާއި މުސްލިމް އަބޫ ޚުރައިރާ އަރިހުން ރިވާކުރެއްވި ޙަދީޘް ގައިވެއެވެ:

( فِيهِ سَاعَةٌ لا يُوَافِقُهَا عَبْدٌ مُسْلِمٌ وَهُوَ قَائِمٌ يُصَلِّي يَسْأَلُ اللَّهَ تَعَالَى شَيْئًا إِلا أَعْطَاهُ إِيَّاهُ . وَأَشَارَ بِيَدِهِ يُقَلِّلُهَا )

”އޭގައި ސާޢަތެއް ވެއެވެ. اللّٰه تَعَالَى ހަޟުރަތުގައި އެއްޗަކަށް އެދިއްޖެނަމަ އެކަންފުއްދަވައި ދެއްވާނޭ ގޮތުގައި މެނުވީ މުސްލިމު އަޅަކު ނަމާދުގައި ގާއިމުވެ ހުރެ އެވަޤުތާއި ބައްދަލެއް ނުވާނެއެވެ.“

ދެން އެކަލޭގެފާނުގެ އަތްޕުޅުން އެވަޤުތުގެ ކުރުކަން އިޝާރާތް ކުރެއްވިއެވެ.“
رواه البخاري ( 893 ) ومسلم ( 852 ) 

ޝެއިޚް މުޙައްމަދު ބުނު ޢައްލާން އައްޞިއްދީޤީ ވިދާޅުވިއެވެ: އެބަހީ: އެއަކީ ހިނދުކޮޅެއް، އަދި ތުނި އަދި ލުއި އެތިކޮޅެއް ކަމުގައި ބަޔާން ކުރެއްވިކަމެވެ.

އަދި މުސްލިމްގެ ރިވާޔަތުގައި އިތުރަށް ވެއެވެ: ( وهي ساعة خفيفة ) ”އެއީ ވަރަށް ލުއި (އެބަހީ: މަދު) ސާޢަތެކެވެ.


ދުވަސް ބެހިގެން ވަނީ 12 ސާޢަތަކަށެވެ:

އަލްޢުލްވާން ވިދާޅުވި އެވެ: އަބޫ ދާވޫދު އާއި އައްނަސާއީ ރިވާކުރައްވައި އަލްޙާކިމް ޞައްޙަ ކުރެއްވި، ޢަމްރު ބުނުލް ޙާރިޘްގެ މަގުން، އަލްޖަލާޙް ފުށުން، އަބޫ ސަލަމާ ފުށުން، ޖާބިރް ބުނު ޢަބްދު اللّٰه ވިދާޅުވިކަމަށް: ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ:
 ‏"‏ يَوْمُ الْجُمُعَةِ ثِنْتَا عَشْرَةَ ‏"‏ ‏.‏ يُرِيدُ سَاعَةً ‏"‏ لاَ يُوجَدُ مُسْلِمٌ يَسْأَلُ اللَّهَ عَزَّ وَجَلَّ شَيْئًا إِلاَّ آتَاهُ اللَّهُ عَزَّ وَجَلَّ فَالْتَمِسُوهَا آخِرَ سَاعَةٍ بَعْدَ الْعَصْرِ ‏"‏ ‏

”ހުކުރު ދުވަހަކީ ބާރަ ސާއަތެކެވެ. اللّٰه عَزَّ وَجَلَّ އެކަމެއް ފުއްދަވައި ދެއްވާ ގޮތުގައި މެނުވީ، މުސްލިމަކު اللّٰه عَزَّ وَجَلَّ ކަމަކަށް އެދި ނުދަންވާނެތެވެ. އެހެންކަމުން
ޢަޞްރުގެ ފަހުން ވާ އެންމެ ފަހު ސާޢަތުގައި އެ ހޯދައިގަނާށެވެ.“



ފަތުޙުލް ބާރީ ގައި އަލްޙާފިޡް އިބްނު ޙަޖަރު ވިދާޅުވި އެވެ: އޭގެ ސަނަދު ޙަސަން އެވެ.“ (އަލްޢުލްވާންގެ ބަސްކޮޅު މިހިސާބަށް ނިމުނީ)

އެހެންކަމުން ޖާބިރު ގެ ޙަދީޘް އިން، ދުވާލު ބެހިގެން ވަނީ 12 ސާޢަތަށް ކަމަށް އެނގެއެވެ.

އަދި މިޙަދީޘް ގެ މުރާދަކީ، ހުކުރު ދުވަހުގެ ދުވާލު – ފަޖުރުން ފެށިގެން އިރު އޮއްސުމަށް — ބެހިގެން ވަނީ 12 ބަޔަށް ކަމެވެ. އޭގެ ތެރެއިން އެއް ބަޔަކީ (އެންމެ ފަހު ބަޔަކީ) އެއެއްގައި ދުޢާ ޢިޖާބަވަނިވި ސާޢަތެވެ.

އަދި އެނގިގެންވާ ފަދައިން އެކި މޫސުމާއި ތަނަށް މިވަޤުތު ކުރުވެ ދިގުވެއެވެ. އެއީ ދުވާލު ކުރުވެ ދިގުލާ ވަރަކަށެވެ.

އިތުރު ތަފްޞީލަށް: https://islamqa.info/ar/answers/140286

Читать полностью…

Galandān ގަލަންދާނު

ހުކުރު ދުވަހުގެ ދުޢާ ޢިޖާބަވަނިވި ވަޤުތަކީ ކޮބާ؟

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ خَيْرُ يَوْمٍ طَلَعَتْ فِيهِ الشَّمْسُ يَوْمُ الْجُمُعَةِ فِيهِ خُلِقَ آدَمُ وَفِيهِ أُدْخِلَ الْجَنَّةَ وَفِيهِ أُهْبِطَ مِنْهَا وَفِيهِ سَاعَةٌ لاَ يُوَافِقُهَا عَبْدٌ مُسْلِمٌ يُصَلِّي فَيَسْأَلُ اللَّهَ فِيهَا شَيْئًا إِلاَّ أَعْطَاهُ إِيَّاهُ ‏"‏

އަބޫ ހުރައިރާ އަރިހުން އައްތިރުމިޛީ ރިވާކުރެއްވި އެވެ: ރަސޫލު اللّٰه ﷺ ޙަދީޘް ކުރެއްވި އެވެ: ”އިރު އެދުވަހެއްގެ މައްޗަށް އެރި އެންމެ ހެޔޮވެގެންވާ ދުވަހަކީ ހުކުރު ދުވަހެވެ. ޢާދަމް ޚަލްޤު ކުރެއްވުނީ އެދުވަހުއެވެ. އަދި އެކަލޭގެފާނުގެ ޖަންނަތަށް ވެއްދެވުނީ އެދުވަހުއެވެ. އަދި އޭގެން (ބިމަށް) ބޭލެއްވުނީވެސް އެދުވަހުގައެވެ. އަދި އޭގައިވާ ސާޢަތެއް (އެބަހީ: ވަޤުތެއް) ވެއެވެ. اللّٰه ހަޟުރަތުގައި އެއްޗަކަށް އެދިއްޖެނަމަ އެކަންފުއްދަވައި ދެއްވާނޭ ގޮތުގައި މެނުވީ މުސްލިމު އަޅަކު ނަމާދު ގައި ހުރެ އެވަޤުތާއި ބައްދަލެއް ނުވާނެއެވެ.“

އަބޫ ހުރައިރާ ވިދާޅުވި އެވެ: ޢަބްދު اللّٰه ބުނު ސަލާމް އާއި ބައްދަލު ވެގެން މިޙަދީޘް ޛިކުރު ކުރުމުން ވިދާޅުވެއްޖެއެވެ: ”ތިމަންކަލޭގެފާނަށް އެސާޢަތެއް އެނގެއެވެ.“ އަހަރެން ދަންނަވައިފީމެވެ: ”ތިކަމުގައި ދަހިވެތި ނުވެ އަހަރެންނަށް ކިޔައިދޭށެވެ.“ ވިދާޅުވިއެވެ: ”އެއީ ޢަޞްރުގެ ފަހުން ފެށިގެން ގޮސް އިރުއޮއްސުމާއި ހަމައަށެވެ.“

އެހެންކަމުން އަހަރެން ދަންނަވައިފީމެވެ: ”(އެވަޤުތެއް) ޢަޞުރު ފަހުން ވާނީ ފަހެ ކިހިނަކުން ހެއްޔެވެ؟ ފަހެ ރަސޫލު اللّٰه ﷺ ވަނީ ޙަދީޘް ކުރައްވާފައެވެ: "‏ لاَ يُوَافِقُهَا عَبْدٌ مَسْلِمٌ وَهُوَ يُصَلِّي ‏"‏...މުސްލިމު އަޅަކު "ޞަލާތު" ގައި ހުރެ އެވަޤުތާއި ބައްދަލެއް ނުވާނެއޭ...“ (އައްޞަލާތު، ޢާންމުގޮތެއްގައި ބުނެވެނީ ނަމާދަށެވެ.) އަދި ތިޔަ ވަޤުތަކީ (އެބަހީ: ޢަޞުރު ފަހަކީ) އޭގައި ނަމާދުކުރުން ނުވާ ވަޤުތެކެވެ.“ ދެން ޢަބްދު اللّٰه ބުނު ސަލާމް ދަންނަވައި ފިއެވެ: ”ރަސޫލު اللّٰه ﷺ ޙަދީޘް ކުރައްވާފައިވެއެވެ: (مَنْ جَلَسَ مَجْلِسًا يَنْتَظِرُ الصَّلاَةَ فَهُوَ فِي صَلاَةٍ) ޞަލާތައް އިންތިޒާރު ކުރުމުގައި އިށީނދެ ހުރެއްޖެ މީހާ އެހެރީ ޞަލާތުގައެވެ.“

އަހަރެން ދަންނަ ވައިފީމެވެ: ”އާދޭހެވެ.“ ވިދާޅުވި އެވެ: ”އެއީ އެކަމެވެ.“

އަބޫ ޢީސާ (އައްތިރުމިޛީ) ވިދާޅުވިއެވެ: މި ޙަދީޘް "ޙަސަން ޞަޙީޙް” އެވެ.



އަބޫ ދާވޫދު، ޢަބްދު اللّٰه ބުނު ސަލާމް އަރިހުން ރިވާކުރެއްވި އެވެ: ...އަހަރެން (ރަސޫލު اللّٰه ﷺ އަރިހު) ދެންނެވިމެވެ: ”އެ ސާޢަތަކި ކޮބައިތޯއެވެ؟“ ޙަދީޘް ކުރެއްވިއެވެ: ‏"‏ هِيَ آخِرُ سَاعَةٍ مِنْ سَاعَاتِ النَّهَارِ ‏"‏ ”އެއީ ދުވާލުގެ ސާޢަތް ތަކުގެ ތެރެއިން އެންމެ ފަހު ސާޢަތެވެ.“

އަހަރެން ދަންނަވައިފީމެވެ: ”އެއަކީ ނަމާދު (އައްޞަލާތު) އަދާ ކުރުމުގެ ވަޤުތެއް ނޫން (ތޯއެވެ؟)“ ޙަދީޘް ކުރެއްވި އެވެ: ‏"‏ بَلَى إِنَّ الْعَبْدَ الْمُؤْمِنَ إِذَا صَلَّى ثُمَّ جَلَسَ لاَ يَحْبِسُهُ إِلاَّ الصَّلاَةُ فَهُوَ فِي صَلاَةٍ ‏"‏ ‏”އާދޭހެވެ. ހަމަކަށަވަރުން މުއުމިނު އަޅަކު ނަމާދުކޮށް އަވަދިވެގެން، ދެން އިށީދެއްޖެނަމަ، އަދި އޭނާ ހިފެހެއްޓިފައި އެހެރީ ނަމާދު ނޫން، އެނޫން އެއްވެސް އެއްޗަކަށް ކަމުގައި ނުވަނީނަމަ، ފަހެ އެހިނދު އޭނާ އެހެރީ ހަމަ ނަމާދު ގައެވެ.“


އަލްޢުލްވާން ވިދާޅުވި އެވެ: ”މިއީ އިބްނު މާޖާ، އަބުއް ނަޠްރު ގެ މަގުން، އަބޫ ސަލަމާ ފުށުން ޢަބްދު اللّٰه ބުނު ސަލާމް ފުށުން ނަބިއްޔާ ﷺ އަރިހުން ރިވާކުރެއްވި ޙަދީޘެކެވެ. އަދި އޭގެ އެންމެހާ ރާވީންނަކީ އިތުބާރުވެވިގެންވާ ބޭފުޅުން ތެރެއިން ވާ ބޭކާލުންނެވެ.“

Читать полностью…

Galandān ގަލަންދާނު

އަދި އަލްޙަމްޒާ ބުނު ޢަބްދުލް މުއްޠަލިބު رضي الله عنه ގެ އިސްލާމްވުން ވީ، ފުރަތަމަ ކަމަކަށް އެކަލޭގެފާނުގެ އަޚުގެ ދަރިފުޅަށް ނަޞްރުވެރި ވުމަށް ޓަކައެވެ. އެއީ ރަސޫލުކަމުގެ ހަވަނަ އަހަރުގައެވެ. އެއީ އަބޫ ޖަހުލު އިތުރު އެކަލޭގެފާނަށް ހަމަލާ ދިނުމުންނެވެ.

އިބްނު އިސްޙާޤު [3] ވިދާޅުވިއެވެ: الله ގެ ރަސޫލާ ﷺ ޞަފާ ފަރުބަދައިގައި ހުންނަވަނިކޮށް އަބޫ ޖަހުލަށް އާދެވުނެވެ. އެހެންކަމުން ދުއްތުރާކޮށް އުދަގޫކުރިއެވެ. އަދި ރަސޫލު الله ހަނު ހުންނެވިއެވެ. ދެން އެތަނުން ތެދުވެޑައިގެން މިސްކިތައް (ޙަރަމްފުޅަށް) ވަދެވަޑައިގެންނެވިއެވެ. ޞަފާ ފަރުބަދައިގެ ގާތުގައި ހުރި ޢަބްދު ﷲ ބުނު ޖަދްޢާންގެ މިނިވަން ކުރެވިފައިވާ އަޅު އަންހެނެއް އަބޫ ޖަހުލު ގޮވި ފުރައްސާރަތައް އަޑުއިވުނެވެ... އެހެންކަމުން ޙަމްޒާ ގާތު އަބޫ ޖަހުލު ގެ ފުށުން އަޑުއެހި ތަކެތި ކިޔައިދިނެވެ. ދެން ކޯފާ އިސްކުރައްވައި މިސްކިތައް ވަދެ ވަޑައިގެންނެވިއެވެ. އަދި އަބޫ ޖަހުލު ހުރީ އޭނާގެ ޤަބީލާގެ ބަޔަކާއިއެކު އިށީނދެއެވެ. ޙަމްޒާ އެވެރިންނާއި މިޚާޠަބު ކުރެއްވިއެވެ: ކަލޭމެން އަހަރެންގެ އަޚާގެ ދަރިފުޅަށް ފުރައްސާރަކުރަނީ އަހަރެން އެކަލޭގެފާނުގެ ދީން މަތީގައި ވަނިކޮށް ހެއްޔެވެ! އަދި ދުނިދަނޑިން އެތިފަހަރެއް ޖެއްސެވިއެވެ. އަދި ހާނިކަވިއެވެ. އެހެންކަމުން ބަނީ މަޚްޒޫމްގެ މީހުން އަބޫ ޖަހުލަށް ވާގިވެރިވުމަށް ޙަމްޒާ އާއި ކުރިމަތިލިއެވެ. އަބޫ ޖަހުލު ބުންޏެވެ: އަބޫ ޢުމާރާ އާއި އަޅާ ނުލާށެވެ. އެހެނީ އަހަރެން ، ﷲ ގަންދީ ބުނަމެވެ. އޭނާގެ އަޚުގެ ދަރިއަށް ނުބައިކަން ބޮޑު ފުރައްސާރައަކުން ފުރައްސާރަކުރީމެވެ. އެހެންކަމުން ﷲގެ ރަސޫލަށް ބާރެއް ލިބިއްޖެކަން ޤުރައިޝުންނަށް އެގުނެވެ. އަދި އެކަމުން މަނާވެގަތެވެ... އަދި އެއުރެން އެކަލޭގެފާނަށް ކުރަމުން ގެންދިޔަ ބަޔެއް ދުއްތުރާތައް ކުރުން ހުއްޓިއެވެ.
 
ހަމަކަށަވަރުން ގާތްތިމާގެ ކަމުގެ ގުޅުމުގެ ބާރުން ކުރުވި އަޘަރާއި، ލޭގެ ގުޅުމުގެ ޢަޞަބިއްޔަތަކީ ޙަމްޒާ رضي الله عنه ގެ އިސްލާމް ވުމުގެ ސަބަބެކެވެ. ... އަދި އަބޫ ޠާލިބު، ﷲ ގެ ރަސޫލު ޙިމާޔަތް ކުރުމާއި، އަދި ބަނީ ހާޝިމް އާއި ބަނީ އަލްމުއްޠަލިބު އިތުރު އެކަލޭގެފާނަށް ނަޞްރުވެރިވުމަށް ގޮވާލުން ވަނީ ހަމަ މިކަމުގެ ތެރެއިންނެވެ. އަދި އައްޝިޢުބު ގައި، ބަނީ ހާޝިމްގެ މުއުމިނުންނާއި ކާފަރުން ޙިޞާރު ކުރެވި، "އަދި (މުއުމިނުން) ޤަތުލު ކުރެވުމަށް ހަވާލު ނުކުރާހާ ހިނދަކު، ބަނީ ހާޝިމް ފަރާތުން ސުލްޙައެއް ދުވަހަކުވެސް ޤަބޫލު ނުކުރުމަށާއި، އަދި ހަމްދަރުދީ ނުވުމަށް" ބުނެވި، ޝިޢުބު އަބީ ޠާލިބުގައި އެވެރިން ތިން އަހަރު ހޭދަކުރިއެވެ. [4]

ހަމަކަށަވަރުން، ޤަބީލާގެ ގުޅުން، ދަޢުވަތު ފެތުރުމަށް، އިސްލާމް ދީނަށް ފައިދާތަކެއް ކުރުވިއެވެ. އަދި ކަނުކޮށް ތަބައުވަނިވި ހައްދުފަހަނައެޅި މުޖްތަމަޢުއެއްގައި ރައްކައުތެރިކަމުގެ ނިވަލަކަށް އެބޭނުން ކުރުމުގެ މަނައެއް ނެތެވެ.

އަދި އަބޫ ޠާލިބު ގެ އައްލާމިއްޔާ ޤަޞީދާ ގައި، ﷲ ގެ ރަސޫލަށް ޙމާޔަތް ދެއްވައި ޅެން ވެއެވެ [5]. އަދި ޢަޤީދާގެ ޚިލާފަށްވިޔަސް ޢަޞަބިއްޔަތުގެ ވަރުގަދަކަން ވެއެވެ:



ނުނިމޭ

Читать полностью…

Galandān ގަލަންދާނު

އިސްލާމް ދީން، ޤަބީލާ ވަންތަ ޢަޞަބިއްޔަތު އިޞްލާހުކުރީ ކިހިނަކުންހެއްޔެވެ؟ އެ ކަނޑުވާލުމަށް މަސައްކަތް ކުރީ ކިހިނަކުންހެއްޔެވެ؟ އަދި ހަމަ މިއިން ފޯދޭ މުހިއްމު ސުވާލަކީ، އަމިއްލަޔަށް ގޮތް ނިންމުމަށް ބަލިކަށިވެފައިވާ ފަރުދެއް، ޤަބީލާގެ ހައްދުފަހަނައަށް ވެވޭ އަޅުވެތިކަމުން އޭނާ ސަލާމަތްވުމުގެ ބާރުހޯދާނީ ފަހެ ކިހިނަކުން ހެއްޔެވެ؟

ތެދެކެވެ. މީހަކަށް ރައްކާތެރިކަމެއް އަދި ގަރާރުވެހުރުމެއްވެސް ޤަބީލާގެ ހިޔަލުގައި މެނުވީ ނުވެއެވެ. އެހެނީ އެއީ ނިޒާމަކާއި ޢަދުލެއްނެތް ސަހަރާއެއްގައިވާ އިތުބާރުވެވެނިވި އިޖުތިމާޢީ ބިނާއެވެ. އަދިއަމަން އަމާންކަން ރައްކައުތެރިކުރެވިނިވި ބާރެވެ.

އެހެނަސް މިއީ އެފަރުދެއްގެ ބުއްދި އެއްލާލައި ޤަބީލާގެ ނިންމުމާއި އޭގެ ޖައްބާރުވަންތަކަމާއި އެއްގޮތަށް، ކަނުބަނދެވި ދަތުރުކުރުމަށް ފުދިގެންވާ ޖަވާބެއް ނޫނެވެ.

އަސަބިއްޔަތީ ކަނު އަނދިރިޔަށް ވުރެ މާބޮޑަށް "ކަނު އެއްޗެކޭ"
އަސަބިއްޔަތީ ކުލަޔާ ވަހާ އިޙުސާސުވުން ނެތް މަސްތެކޭ*

ވަކިން ޚާއްޞަކޮށް އިހުގެ ޤަބީލާތަކުގެ ވާހަކަ ތައް ކިޔާލުމުން، ޤަބީލާ ވަންތަކަމުގެ ރޫޙުގެ ބާރު އަހަރެމެންނަށް އިހުސާސްވެއެވެ. އެއީ އަޅުކަންވެވި ކިޔަމަންގަނެވޭ އެއްޗެކެވެ.

އިސްލާމް ކަމުގެ ފެށުމުގައި، ޤަބީލާ ވަންތަ ކަމުގެ ރޫޙާއި، ކާބަފައިކަމުގެ ޝަރަފު، ޢަޖައިބުވަނިވި އަޘަރެއް ކުރުވާފައިވެއެވެ. އޭގެ ސަބަބުން ޤުރައިޝީ ޤަބީލާ އާއި ޢަރަބި ޤަބީލާތައް ބޮޑާވެރި ކަމުގެ މައްޗަށް ބޮޑާވެރިވެ ޙައްޤާއި ދެކޮޅަށް ތިއްބެވެ.



(ނުނިމޭ)

Читать полностью…

Galandān ގަލަންދާނު

/channel/GalandhaanRoadha

Читать полностью…

Galandān ގަލަންދާނު

ސިލްސިލާ: ”ޢަޞަބިއްޔަތުގެ ދޮސް ފާރަށް، ޛަހަބިއްޔަތުގެ ފަރުވާއެއް“

~ ގަލަންދާނު

🔻🔻🔻

Читать полностью…

Galandān ގަލަންދާނު

ސިލްސިލާ: ”ޢަޞަބިއްޔަތުގެ ދޮސް ފާރަށް، ޛަހަބިއްޔަތުގެ ފަރުވާއެއް“

~ ގަލަންދާނު

ހަތަރުވަނަބައި

Читать полностью…

Galandān ގަލަންދާނު

📌 ގަލަންދާނު ޓްވިޓަރ އެކައުންޓަށް ސަބްސްކްރައިބް ކުރައްވާ.

https://twitter.com/galandhaan

Читать полностью…

Galandān ގަލަންދާނު

ހުކުރު ދުވަހުގެ ފަތިސް ނަމާދުގައި ”އައްސަޖިދާ“ އަދި ”އަލްއިންސާން“ ސޫރަތް ކިޔެވުމީ ސުންނަތުގެ ތެރެއިން ހިމެނޭ ކަމެކެވެ. މިކަން ދެޞަޙީޙުގައި ރިވާވެފައިވެއެވެ. އަބޫ ހުރައިރާ رضي الله عنه އަރިހުން: ނަބިއްޔު ﷺ ހުކުރު ދުވަހުގެ ފަތިސް ނަމާދުގައި ކިޔަވައި ވިދާޅުވެޔޭ: {‏الم * تَنْزِيلُ‏} އައްސަޖިދާ ސޫރަތް، އެންމެ ފުރަތަމަ ރަކުޢަތުގައި، އަދި ދެވަނަ ރަކުޢަތުގައި‏ {‏هَلْ أَتَى عَلَى الإِنْسَانِ‏}‏ (އަލްއިންސާނު ސޫރަތް).

~ ޝެއިޚް ޢަބްދު الله އައްސަޢްދު

Читать полностью…

Galandān ގަލަންދާނު

ސާފު ކުފުރެއް ކޮށްފި މީހަކީ ކާފަރެކެވެ. މިއީ އާންމު ޙުކުމެވެ. މި ޙުކުމް އޮޅުވާލުމަށް ޚާއްސަ ހާލަތްތައް ގެނެސް ވާހަކަ ދައްކާ މީހަކީ އިޖުމާޢު އާއި ޚިލާފުވެ ވާހަކަ ދައްކާ ޖާހިލެކެވެ.

މިސާލަކަށް، އަހަރެމެން ބުނަމަވެ: ބުދަށް ސަޖިދަ ޖަހާ މީހަކީ މުރުތައްދެކެވެ. ދެން މީހަކު ބުނެފާނެ އެވެ. "ބަލަ އޭނާ އަނބުރައިގަނެގެން ވެއްޓުނީ ކަމަށްވެސް ވެދާނެ އެވެ. ނޫނީ މަސްތުގައި ހުރީ ކަމަށްވެސް ވެދާނެ އެވެ." މި ހެން ބުނާ މީހާ، ކަންކަމުގެ އާންމު ޙުކުމް މީސްތަކުންނަށް އޮޅުވާލައި، އެ ކަންޑުވާލައި، ޚާއްސަ ޙުކުމަށް އެކަނި ބަސްތައް ޝަރުތު ކުރެ އެވެ. މިއީ ބިދުއަވެރިންގެ ވައްޓަފާޅި އެކެވެ.

އަލްހާފިޛް އިރާޤި رحمه الله ވިދާޅުވި އެވެ: “ބުއްދި ހުރެމެ، އޭގެ ބޭރުފުށަށް ފާޅުވާ ކުފުރެއް ބުނެފި ކޮންމެ މީހެއް، ފަހެ އެ އީ ކާފަރެކެވެ. އަދި އޭނާ އެކަމުގައި ތައުޥީލުކޮށް ނިޔަތްގަތް ކަމަކަށް ބެލުމެއް، އަދި ބުރަދަނެއް ދިނުމެއްވެސް ނުވެ އެވެ.” އަދި ވިދާޅުވި އެވެ: “މިއީ ޠާހިރު ޝަރުޢާ ޢިލްމުގެ މަތީގައިވާ ހަތަރު މަޛްހަބާއި އެނޫން ސައްޙަ އިޖުތިހާދުގެ މަތީގައިވާ ޢިލްމުވެރިންގެ މެދުގައި ޚިލާފު އޮތް ކަމެއް ކަމުގައި އަހަރެމެން ނުދަންނަމު އެވެ.”

އަބުލް ހަސަން އަލްބަޤާއި رحمه الله ވިދާޅުވި އެވެ: “އެމީހެއްގެ ބޭރުފުށަށް ކުފުރު ބަސް ފާޅުކުޅަ ކޮންމެ މީހަކަށް އަހަރެމެން އޭނާ އަށް ޙުކުމް ކުރަނީ ކުފުރަށެވެ. އަދި އޭނާގެ އެތެރެފުށް ވަކީލު ކުރަނީ ﷲ އަށެވެ.

މިއީ އަލްއިމާމް އަބޫ އަލީ އުމަރް ބިން މުހައްމަދު ބިން ޚަލީލް އައްސުކޫނީ މިކަމުގެ މައްޗަށް އިޖުމާޢު ނެރުއްވާފައިވާ ފަދައިންނެވެ.

އަދި ސީދާ އެބަސް ނުވިޔަސް، މީގެން، އިމާމް އަލްޙަރަމައިން އާއި އަލްޣަޒާލީ އަދި އެންމެހާ އުސޫލިއްޔީން ފަރާތުން ނަގުލު ކުރެއްވި ބަސްފުޅަށް ބާރުދެ އެވެ. އެ އީ: މުރުތައްދު ކަލިމައެއް ބުނެއްޖެ މީހަކަށް، އެ އީ އޮޅުވާލުމަށްޓަކައި ބުނެއްޖެ މީހާ އަށެވެ. ބޭރުފުށުންނާއި އެތެރެފުށުން އޭނާ ކާފަރުވެއްޖެ އެވެ.”

Читать полностью…

Galandān ގަލަންދާނު

”ޣައިބުގެ ތަޅުދަނޑިތަކުގެ ތެރެއިން - ރަޙިމުގެ ޢިލްމު“ (pdf)

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

🔺
ކުރިން، މަޞްދަރުތަކުގެ ލިންކު ނުލެވި ހުރުމުން. އެޔާއިއެކު.

Читать полностью…

Galandān ގަލަންދާނު

② 
Because ahlus-sunnah in general make takfīr upon whoever rejects the ‘uluw (ascension of Allāh over His creation), and the ashā’irah reject the ‘uluw.

And they declare the one who says the Qur’ān is created a kāfir, as the Jahmiyyah say, and the ashā’irah state this.

And they make takfīr upon whoever rejects the Āhād reports in general, and the ashā’irah reject them.

And they make takfīr upon whoever negates a single attribute of Allāh, as Mālik, Ahmad and a group of scholars mentioned, and the ashā’irah negate dozens of attributes from Allāh.

However, they have ta’wīl due to it coming from Āhād narrations, and due to it necessitating and implying such and such (i.e. affirming it implies equating and resembling the creation with Allāh), for that reason many scholars, infact most of ahlus-sunnah abstained from making takfīr upon them.❞
______
[1] Sh. Al-‘Alwān (فك الله أسره) was asked in “Fatāwā gatherings” (part 30/129) whether the word “La’n” which means “excluding someone from the mercy of Allāh” is considered a ta’wīl from its true meaning, and whether this supports the ashā’irah.

The shaykh replied by saying that most scholars explained “La’n” as that, even though some of them explained it upon its original meaning of “curse” (from Allāh upon the individual), however there is nothing wrong with describing “La’n” as excluding someone from the mercy of Allāh since this is not considered diverting it from its original meaning, but rather explaining the affect of this curse (La’n).

For example, the ashā’irah say that the anger of Allāh means “his punishment”, whereas this is distorting the attribute of Allāh from its true meaning, but rather we can say that from the consequences of Allāh’s anger upon the people, is that he punishes them and afflicts them with calamities.

Likewise with “Rahmah” (mercy of Allāh), the ashā’irah twist this into meaning “providing blessings”, whereas this is an innovative misinterpretation, rather we affirm the attribute of mercy to Allāh, but we say from the consequences and traces of this mercy, is that He provides the creation with blessings, favours, peace, delight and so forth.

[2] When the ashā’irah say the meaning of the words in the Qur’ān comes from Allāh (while Allāh didn’t speak the letters of the Qur’ān), it necessitates that these two statements have the same meaning;

“May the hands of Abū Lahab be ruined, and ruined is he.” [111:1], and “Say, "He is Allah, [who is] One.” [112:1], which is pure misguidance!

Читать полностью…

Galandān ގަލަންދާނު



އަދި (އޭނާގެ) މި ޙަދީޘް ބެލެވެނީ ޖައްޔިދު ޙަދީޘްތަކުގެ ތެރޭގައެވެ. އަދި ޙަސަން ސަނަދު ތަކުގެ ތެރެއިންނެވެ. މިހެންކަމުން، މީގައި ނަބިއްޔު ﷺ އަށް ޞަލަވާތް ކިޔުމުގެ ފަޟުލު އެކުލެވެއެވެ. އަދި ނަބިއްޔު ﷺ އަށް ޞަލަވާތް ކިޔުމަކީ ފާފަ އާއި ކުށްތައް ފުއްސެވުމުގެ އަދި ދަރަޖަ އުފުއްލެވުމުގެ ސަބަބެއް ކަމާއި، އަދި ކަންބޮޑުވުންތައް ފިއްލެވުމުގެ ސަބަބެއް ކަމެވެ.

އެއީ މިބަސްފުޅުގެ މައްޗަށެވެ: (تُكْفَى هَمَّكَ) "ތިބާގެ ކަންބޮޑުވުންތަކަށް ފުދެއެވެ." އެބަހީ: ތިބާ އެކަމަކާއިގެން ކަންބޮޑުވާ ކަންކަން އަދި ބުރަކުރުވާ ކަންކަން ފިލައިދެއެވެ. އެހެނީ ހަމަކަށަވަރުން ނަބިއްޔު ﷺ އަށް ޞަލަވާތް ގިނަގުނަ ކުރުމުގެ ސަބަބުން ﷲ جل وعلا އެކަންކަން ތިބާއަށް ފުއްދަވައިދެއްވައެވެ.

އަދި މިޙަދީޘަކީ ޢާންމު އަދި މުޠްލަޤު ޙަދީޘެކެވެ. އަދި އިންސާނާ ކުރާ ކޮންމެ ކަމެއްގައިވިޔަސް، ކޮންމެ ވަޤުތެއްގައި ވިޔަސް ނުވަތަ ރޭގަނޑުގެ ކޮންމެ ވަޤުތަކަސް ނޫނީ ދުވާލުގެ ވިޔަސް، އޭގެ އަޖުރު ހޯދައިގަނެވި އޭގެ ޘަވާބު ލިއްބައިދެއެވެ.

— الشيخ سليمان العلوان


މަޞްދަރު: ”އަށްވަނަ ހުޅުވާލެވިފައިވާ ބައްދަލުވުން“ (اللقاء المفتوح الثامن) ގެ ސުވާލު ތަކުގެ ތެރެއިން.

~ ގަލަންދާން

Читать полностью…

Galandān ގަލަންދާނު

ޚުލާޞާ:

އަލްޢުލްވާން ވިދާޅުވި އެވެ: ބަޔާން ވެވުނު ދެ ޙަދީޘް އިން ހުކުރު ދުވަހުގެ ޢިޖާބައިގެ ވަޤުތު ޞަރީޙަކޮށް ކަނޑައަޅައި ދެއެވެ. އެއީ ހުކުރު ދުވަހުގެ ޢަޞްރަށް ފަހު ވާ އެންމެ ފަހު ސާޢަތް ކަމެވެ. އަދި ޙާފިޡު އިބްނު ޙަޖަރު رحمه الله "ފަތުޙުލް ބާރީ" ގައި ރިވާކުރެއްވާފައި ވެއެވެ: އަބޫ ސަލަމާ ބުނު ޢަބްދުއް ރަޙްމާން އަރިހުން ސަޢީދު ބުނު މަންޞޫރު، ޞައްޙަ ސަނަދަކުން ރިވާކުރެއްވިއެވެ: ”ޞަޙާބީންގެ ތެރެއިން ބޭކަލުންތަކެއް އެއްވެ، ހުކުރު ދުވަހުގެ ޢިޖާބައިގެ ވަޤުތާއިމެދު ވާހަކަ ދެއްކެވިއެވެ. އެހެންކަމުން ހުކުރު ދުވަހުގެ އެންމެ އާޚިރު ވަޤުތުގައި ކަމަށް އިއްތިފާޤުވެ ލައްވައިގެން މެނުވީ އެ ބައްދަލުވުން ނުނިމެއެވެ.“

އަދި މިއީ، ޖުމްހޫރު ޢިލްމުވެރިން ދެކިލައްވާ ގޮތެވެ. އަދި އިސްޙާޤު އާއި އަޙްމަދު رحمهم الله ޚިޔާރު ކުރެއްވި ގޮތެވެ. އަދި މިއީ އެންމެ ގިނަ ރިވާޔަތްތަކުން ދަލީލު ކުރާ ޙައްޤު ގޮތެވެ...

އެހެންކަމުން މުސްލިމު މީހާއަށް އެދެވިގެން ވަނީ، މިވަޤުތު ތަކުގައި ދުޢާ ކުރުމެވެ. اللّٰه އޭނާގެ ދުޢާއު ޢިޖާބަ ކުރެއްވުމަށް ޓަކައެވެ. އޭނާގެ ފާފަތައް ފުއްސަވައި އޭނާގެ ހިތް ޠާހިރު ކުރައްވައި އޭނާގެ ފަރުޖު ރައްކައުތެރި ކުރެއްވުމަށްޓަކައެވެ. އަދި ދުޢާ އަކީ އޭގެ ޒާތުގައި އަޅުކަމެކެވެ. އެހެންކަމުން މުސްލިމަކު، އަހަރެން އެތައް ފަހަރަކު ދުޢާ ކޮށް އެހެނަސް ޢިޖާބަ ނުވެއޭ، ބުނެ އަވަސް އަވަސްވެ ގަނެގެން ނުވާނެއެވެ. އެހެނީ ފަހަރެއްގައި، އެ ޢިޖާބަވުން ލަސްވަނީ އެތަކެއް މަޞްލަޙަތުތަކެއް އޭނާއަށް އެކަމުގައި އޮވެގެން ކަމަށް ވެދާނެއެވެ. ފަހަރެއްގައި އެދުޢާގައި ޢުދުވާނެއް(ޢަދާވަތްތެރިކަމެއް) އެކުލެވިދާނެއެވެ. އެހެންކަމުން ޢިޖާބަ ނުކުރައްވައެވެ. ފަހަރެއްގައި އެދުޢާއެއްގައި ރަޙިމުގެ ގުޅުން ކެނޑުން އެކުލެވިދާނެއެވެ. އެހެންކަމުން ޢިޖާބަ ނުކުރައްވައެވެ. އަދި ފަހަރެއްގައި އެދުޢާ ޙަރާމް އެއްޗެއް ހޯދައިގަތުމަށް އަދި މީސްތަކުންނަށް އަނިޔާވެރިވުމަށް އަދި ރިބާ ދެއްވުމަށް އޮވެދާނެއެވެ. އެހެންކަމުން އޭނާގެ ދުޢާ ޢިޖާބަ ނުކުރައްވައެވެ. އެހެނީ ދުޢާ ކުރުމުގައި ޝަރުޠުތަކެއް ވެއެވެ. ޝަކެއްނެތް ގޮތުގައި ދުޢާ ޢިޖާބަ ވުމުގެ ކުރިން އެ (ޝަރުޠުތައް) ފުއްދަން ޖެހެއެވެ. އެހެންކަމުން ޝަރުޠުތައް ފުރިހަމަވެ، ޢިޖާބަވުން މަނާ ވަނިވި ކަންކަމުން ނެއްޓިއްޖެ ނަމަ، އެހިނދުގައި އެ ރައްދުވެވިގެން ނުވެއެވެ.


މަސްދަރު: ބުލޫޣުލް މަރާމް ގެ ޝަރަޙައިގެ ތެރެއިން ހުކުރާއި ބެހޭ ބާބުގެ ފޮތުގެ 39 ވަނަ ޞަފްޙާ

Читать полностью…

Galandān ގަލަންދާނު

ނަމާދުގައި ހުރުމަކީ ކޮބާ؟

އަދި އަބޫ ހުރައިރާ އަރިހުން އަލްބުޚާރީ އެކަލޭގެފަނުގެ "ޞަޙީޙު” ގައި ރިވާކުރެއްވި ޙަދީޘް ގައި އެވެ: ރަސޫލު اللّٰه ﷺ ޙަދީޘް ކުރެއްވިއެވެ:

﴿...لاَ يَزَالُ أَحَدُكُمْ فِي صَلاَةٍ مَا دَامَتِ الصَّلاَةُ تَحْبِسُهُ، لاَ يَمْنَعُهُ أَنْ يَنْقَلِبَ إِلَى أَهْلِهِ إِلاَّ الصَّلاَةُ}
”...ތިޔަބައިމީހުން ތެރެއިން މީހަކު ނަމާދަށް ގަޑި ގުނައިގެން އިންނަހާ ހިނދަކު، އެމީހެއް ނަމާދުގައި ވުން ނުކެނޑެއެވެ. އޭނާގެ އަހުލުން ގާތަށް ދިޔުން، ނަމާދު މެނުވީ ނުހުއްޓުވައެވެ.“

އިބްނު ރަޖަބް ވިދާޅުވި އެވެ:

”މީގެ ތެރޭ ހިމެނެނީ، ނަމާދަށް ޤަމަތް ނުދެނީސް ޖަމާޢަތް އޮތް މިސްކިތަކަށް ވަދެއްޖެ މީހެކެވެ. އެހެންކަމުން ނަމާދަށް އިންތިޡާރުގައި އޭނާ އިށީނދެއެވެ. އަދި މީގައި ހިމެނެނީ، އިމާމު މީހާ އާއި އެކު ނަމާދުކޮށް އަވަދިވެ، ދެން އަނެއް ނަމާދަށް އިންތިޡާރުގައި އިށީނދެ ހުރެއްޖެ މީހެކެވެ... އަދި ”އޭނާ ނަމާދުގައި ވުން ކެނޑި ނުދެއޭ" މީގެ މާނައަކީ - والله أعلم - އޭނާ އަށް ނަމާދު ކުރާ މީހެއްގެ އަޖުރު ވާ ކަމެކެވެ. އަދި އޭނާ އަށް އެޘަވާބު ލިބެނީ، އޭނާގެ ނަފްސު ނަމާދަށް ޓަކައި މަޑު ޖައްސާފައި ވުމުން ނެވެ.“(1)

(1) فتح الباري شرح صحيح البخاري لابن رجب - ج 6 - ص. 41

Читать полностью…

Galandān ގަލަންދާނު

•.
"صَلَّى عَلَيْكَ اللهُ مَا لَفَظَ الوَرَى
حَرفًا مِنَ الأذكَارِ والقُرآنِ". ﷺ ♥️

Читать полностью…

Galandān ގަލަންދާނު

ހ) ޢަޞަބިއްޔަތުގެ ބާރާއި، ޖާހިލިއްޔަތުގެ މުޖުތަމައުއަށް އެ ވެރިވެފައިވާ މިންވަރު

އައްޒުހުރީ ޛިކުރު ކުރެއްވިއެވެ: އަބޫ ޖަހުލާއި އޭނާ އާއި އެކު ވީ ޖަމާއަތެއް - އޭގެ ތެރޭ އަލްއަޚްނަސް ބުނު ޝަރީޤް އާއި އަބޫ ސުފްޔާން - ރަސޫލު ﷺ ރޭގަނޑުގައި ކިޔަވާ ވިދާޅުވާ އަޑު އަހައެވެ. އެހެންކަމުން އަލްއަޚްނަސް އަބޫ ޖަހުލު އައި ސުވާލުކުރިއެވެ: އޭ އަބުލް ޙަކަމް އެވެ! މުޙައްމަދު ފުށުން ކަލޭ އަޑު އެހި (ޤުރުއާނާއި) މެދު ރައުޔުއަކީ ކޮބައިހެއްޔެވެ؟ އަބޫ ޖަހުލު ބުންޏެވެ: ޝަރަފުވެެިކަމުގައި ބަނީ ޢަބްދު މަނާފް (އެބަހީ، ﷲ ގެ ރަސޫލުގެ ޤަބިލާ) އާއި އަހަރެމެން ވާދަ ކުރީމެވެ. އެވެރިން ކާންދޭ ފަދައިން އަހަރެމެން ކާންދެމެވެ. އެވެރިން ޒިންމާ އުފުލާފަދައިން އަހަރެމެން އުފުލަމެވެ. އަދި އެވެރިން ހޭދަ ކުރާ ފަދައިން އަހަރެމެންވެސް ހޭދަކުރަމެވެ. އެއީ އަހަރެމެން އެވެރިންނާއި ކަރާއި ކަރު ޖައްސައި، އެއްހަމަޔަކު ވާދަޔަށް ދުއްވަމުން ދިޔަ ދެއަސްފަދައިން ތިއްބައި، އެވެރިން މިހެން ބުނުމާއި ހަމައަށެވެ: "އަހަރެމެން ތެރޭން އުޑުން ވަޙީ ބާއްވައިލެއްވޭ ނަބިއްޔެއް އައިސްފިއެވެ." އަހަރެމެންނަށް އެއާއި އެއްފަދަ ވެވޭނީ ކިހިނަކުން ހެއްޔެވެ؟ ﷲ ގަންދީ ބުނަމެވެ. ދުވަހަކުވެސް އެއަކަށް އީމާނެއް ނުވާނަމެވެ. އަދި އެ ތެދެއްވެސް ނުކުރާނަމެވެ. [1]

ﷲ ގެ ރަސޫލު ﷺ ގެ ކިޔަވާ ވިދާޅުވުން އަޑުއެހުމަށް މިވެރިން، ތިން ރޭ ވަންދެން ދިޔައެވެ. އަދި ރަސޫލަށް އެއުރެންނާއި ބެހޭގޮތުން އެނގިވަޑައި ނުގަންނަވައެވެ. ދެން އެވެރިން އެކަކު އަނެކަކާއި ދިމާވެ އަލުން އަނބުރައި ނުދިޔުމަށާއި އަޑުނޭހުމަށް ވަޢުދުވެއެވެ. ޤުރުއާން އެވެރިންގެ ނަފްސުތަކަށް ހިތްހަމަޖެހުން ގެނުވައެވެ. އެހެނަސް ޢަޞަބިއްޔަތު މިވެރިން - ވަކިން ޚާއްޞަ ކޮށް އަބޫ ޖަހުލު - މި ބޭއިންސާފު ގޮތްދޫނުކުރާ ނިންމުމަށް ގެނުވިއެވެ.

މި އަބޫ ޖަހުލު ޤަތުލު ވީ ބަދުރު ގައެވެ. އަދި ޢަބްދު ﷲ އިބްނު މަސްޢޫދު رضى الله عنه އޭނާގެ ކަރުމައްޗަށް އަރައިވަޑައިގެން ސުވާލުކުރެއްވިއެވެ: "ﷲ ތިބާ ނިކަމެތި ކުރައްވައިފި ނޫންހެއްޔެވެ! އޭ ﷲ ގެ ޢަދުއްވެވެ!" އޭނާ ޖަވާބުދިނެވެ: ފަހެ އެމީހެއްގެ އަމިއްލަ މީހުން ޤަތުލުކުޅަ މީހެއްގެ މައްޗަށް ވަކި އިތުރުމީހެއް ގަދަވެވުނީ ހެއްޔެވެ؟" އެބަހީ: އެމީހެއްގެ މައްޗަށް ޢައިބެއް ނުވެއޭ އެވެ. އެހެނީ އޭނާ ޤަތުލު ކުރީ އޭނާ އާއި އެއް ޝަރަފެއްގެ އޭނާގެ ޤަބީލާއިން ކަމުންނެވެ! [2]

މަރުވުމާއި ހަމައަށް ވެސް ޢަޞަބިއްޔަތެވެ!



ނުނިމޭ

Читать полностью…

Galandān ގަލަންދާނު

”ޢަޞަބިއްޔަތުގެ ދޮސް ފާރަށް، ޛަހަބިއްޔަތުގެ ފަރުވާއެއް“ (1)

Читать полностью…

Galandān ގަލަންދާނު

Is the Friday ghusl sufficient for ablution?

One of the brothers says: Does the Friday Ghusl suffice the ablution?

Shaykh: ❝ Ghusl is of two types: Complete Ghusl, and Acceptable Ghusl. Acceptable ghusl is to pour water over the whole body and then it is purified. This washing is not valid for ablution and is not a replacement for it, except (if it was done as) a Ghusl for janābah (sexual defilement) — this alone (is the exception). Because it is the type for which the evidence (for an exception) came. So we limit ourselves to the context of the evidence. We do not generalize this for the rest of the types of ghusl, because the fundamental principle is of its absence (i.e. wuḍū' is not fulfilled with Acceptable ghusl). If there had not been narrated an evidence in the case of janābah, we would not have given an exception to it as well. Because ablution is necessary and al-tartīb is obligatory (i.e. succession in washing the parts of Ablution). It is not possible to drop this order of ablution, except with an evidence. As for the (exception in) ghusl of janābah, it was dropped here with (a specific) evidence (for it).

The second type: complete ghusl, and that is, if it is for janābah: washing your private parts and cleansing. Then to perform ablution as of the ablution for prayer. After that you shed water over the body, wash your head three times, then shed water on the body once again. Whoever has performed this (type of ghusl), has sufficed for ablution upon consensus without a dispute, as he has already performed ablution. It is best that he performs this (i.e. complete ghusl) for the Friday (prayer). He is not required to perform ablution afterwards, unless due to ḥadath (passing anything from his back or private parts) or (in case he) touches his penis. On the contrary, if he takes an acceptable ghusl and spills water all over his body without performing ablution, and say: "Look, we are going to Friday prayers." We say: This is not valid and is not sufficient, yes, this ghusl is sufficient for the Friday (prayer's) ghusl — whether it is said that it (the ghusl of Jum'ah) is desirable (mustaḥab) or is said that it is obligatory (wājib). But this does not permit the performance of prayer, because ablution must be in tartīb, and the tartīb is obligatory⁽¹⁾ in ablution according to the more correct of the two scholarly opinions, which is the opinion of the majority...❞


— Al-Shaykh Al-Muḥaddith Sulaymān bin Nāṣir al-'Alwān (source)

~ Galandhaanu

_______________
[1] “Because everyone who described the ablution of the Prophet ﷺ, mentioned it in order. And what came in some aḥādīth that the Prophet ﷺ did not arrange it — as the ḥadīth of Al-Rubayyi'i Bint Al-Mu'awwidhi — this is a narration which is iḍṭirāb (inconsistent). In it 'Abdullah bin Muḥammad bin Aqīl was inconsistent. He is poor in memory...” — al-'Alwān (source)

Читать полностью…

Galandān ގަލަންދާނު

އިސްލާމް އަދި ޖާހިލިއްޔަތު؛ ޢަޞަބިއްޔަތު އަލުން އަނބުރައި ޢިޔާދަވުން

ޢަޞަބިއްޔަތާއި އޭގެ ލައްތައް ފިލުވައިލުމަށްޓަކައި މި ސާފު (ހަނަފިއްޔަތުގެ) ދީނުން ކުރުވި އަސަރުގެ ވާހަކަ އަހަރެމެން ކުރިން ދައްކައިފީމެވެ. އަދި ރަސޫލު ﷺ ގެ އަޞްޙާބުން ކާބަފައިންގެ ޘަޤާފަތްތަކާއި އާދަކާދަތަކުގެ މައްޗަށް އަމިއްލަ ނަފުސުތައް އުފުއްލެވިގޮތްތައްވެސް މެއެވެ.

އެހެނަސް، ޢަޞަބިއްޔަތު އަނެއްކައި ޢިޔާދަވީކަން އަހަރެމެންނަށް ފާހަގަކުރެވެއެވެ. އެއީ ޢަޤީދާގެ ބަކިކަށިކަން އަތުވެއްޖެ ހިނދެވެ... އަދި އީމާން ކަމުގެ އޮށް ތަކުގައި މޫނުލައި ހުރި ހިނދުގައެވެ... އަދި ޤުރުއާނުގެ ތަރުބިއްޔަތު ބައެއް ހިތްތަކުގައި ނުބީހެ ހުރުމުންނެވެ... އަދި ވަރަށް ގިނަ މަރުހަލާތަކެއްގައި މިކަންތައްތައް ފާހަގަވެގެން ދިޔައެވެ:

1) ރިއްދާ ގެ ހަނގުރާމާގައި
2) ޢުމަވީންގެ ޒަމާން
3) ރައްޔިތުންގެ ހަމަނުޖެހުންތައް
4) މިޒަމާނުގެ ވަޠަނީ ޤައުމީ ޢަޞަބިއްޔަތު

ރިއްދާ ހަނގުރާމަ

އައް-ރިއްދާ ފިތުނައިގެ މައްޗަށް ވާހަކަ ދެއްކުމީ ފަސޭހަ ކަމެއް ނޫނެވެ. އެހެނީ އޭގައި މަފްހޫމް ތައް މަސްހުނި ވެފައި ވެއެވެ. ދީނުގެ އަޘަރު ފަނޑުވުމާއި، އަޢުރާބީންގެ ނަފުސުތައް ހަމަނުޖެހުމާއި ތަޅާފޮޅުމަށް ލެނބިފައި އޮންނަ އޮތުމުގެ ސަބަބަކަށް ޢަޞަބިއްޔަތުގައި ކުލަޖެހުނެވެ. އަދި އެތަކެއް ޤަރުނެއް މައްޗަށް ދާދި ފަހަކާއި ހަމަޔަށް އެއުރެން ދިރިއުޅެމުން އައި ގޮތުގެ މައްޗަށް އޮތް ޝަޥްޤުވެރިކަންވެސް މެއެވެ.


~ ނުނިމޭ

Читать полностью…

Galandān ގަލަންދާނު

عن جعدة أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَأَى رَجُلا عَظِيمَ الْبَطْنِ فَقَالَ بِإِصْبَعِهِ فِي بَطْنِهِ وَقَالَ

 لَوْ كَانَ هَذَا فِي غَيْرِ هَذَا لَكَانَ خَيْرًا لَكَ

(2140 المعجم الكبير للطبراني)

ޖަޢްދަތަ ބުނު ޚާލިދު އަރިހުން ރިވާވެގެން ވެއެވެ: ވަރަށް ބޮޑު ބަނޑެއް ލާފައިހުރި މީހެއް ނަބިއްޔާ އަށް ފެނިވަޑައިގެންނެވިއެވެ. އެހެންކަމުން އެކަލޭގެފާނު އޭނާގެ ބަނޑަށް އިނގިލިދިއްކުރައްވައި ޙަދީޘް ކުރެއްވިއެވެ:

"މިނޫންތަނެއްގައި މި ވީނަމަ، ތިބާޔަށް ހެޔޮވެގެންވީހެވެ."

އަލް އިޙްޔާގެ ތަޚްރީޖު 3/109 ގައި އަލް ޢިރާޤީ ވިދާޅުވިއެވެ: މީގެ ސަނަދު ޖައްޔިދެވެ. (ވަރަށް ރަނގަޅަވެވެ.)

މަޖްމަޢް އައްޒަވާއިދު ގައި އަލްހައިޘަމީ ވިދާޅުވިއެވެ: "ރަވީން ތެރޭން އަބޫއިސްރާއީލް އަލްޖަޝްމީ ފިޔަވައި އެހެން އެންމެހާ ބޭފުޅުންނަކީ އައްޞަޙީހުގެ ބޭފުޅުންނެވެ. (އެބަހީ ޞަހީހް އަލްބުޚާރީ އަދި އެހެންނޫނީ މުސްލިމްގައި ހިމެނޭ ބޭފުޅުންނެވެ.) އޭނާ (އަބޫ އިސްރާއީލް) އިތުބާރުވެވިގެންވެއެވެ. "

އަލް ޣަޒާލީ ވިދާޅުވިއެވެ: "އެބަހީ ތިބާގެ އާޚިރަތަށް (އެއިތުރުކާނާ) ފަސްކޮށްލައި، އެހެންމީހަކަށް (މިދުނިޔޭގައި) އެ ދޫކޮށްލިނަމަ ހެޔޮވީހެވެ."

3/88 إحياء علوم الدين

Читать полностью…

Galandān ގަލަންދާނު

❞ އަދި ޞަލާތޭ ފޮނުއްވާށެ ޝާމިލް ވެވޭ
އަރިއަހަށް މާތް ނަބިއްޔާގެ ލޯބިން ވެވޭ
ފަރިވިހާ މާމަލާ ފަރިވަމުންދާ މަލާ... ❤️

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

•.
"صَلَّى عَلَيْكَ اللهُ مَا لَفَظَ الوَرَى
حَرفًا مِنَ الأذكَارِ والقُرآنِ". ﷺ ♥️

Читать полностью…

Galandān ގަލަންދާނު

Is the Friday ghusl sufficient for ablution?

One of the brothers says: Does the Friday Ghusl suffice the ablution?

Shaykh: ❝ Ghusl is of two types: Complete Ghusl, and Acceptable Ghusl. Acceptable ghusl is to pour water over the whole body and then it is purified. This washing is not valid for ablution and is not a replacement for it, except (if it was done as) a Ghusl for janābah (sexual defilement) — this alone (is the exception). Because it is the type for which the evidence (for an exception) came. So we limit ourselves to the context of the evidence. We do not generalize this for the rest of the types of ghusl, because the fundamental principle is of its absence (i.e. wuḍū' is not fulfilled with Acceptable ghusl). If there had not been narrated an evidence in the case of janābah, we would not have given an exception to it as well. Because ablution is necessary and al-tartīb is obligatory (i.e. succession in washing the parts of Ablution). It is not possible to drop this order of ablution, except with an evidence. As for the (exception in) ghusl of janābah, it was dropped here with (a specific) evidence (for it).

The second type: complete ghusl, and that is, if it is for janābah: washing your private parts and cleansing. Then to perform ablution as of the ablution for prayer. After that you shed water over the body, wash your head three times, then shed water on the body once again. Whoever has performed this (type of ghusl), has sufficed for ablution upon consensus without a dispute, as he has already performed ablution. It is best that he performs this (i.e. complete ghusl) for the Friday (prayer). He is not required to perform ablution afterwards, unless due to ḥadath (passing anything from his back or private parts) or (in case he) touches his penis. On the contrary, if he takes an acceptable ghusl and spills water all over his body without performing ablution, and say: "Look, we are going to Friday prayers." We say: This is not valid and is not sufficient, yes, this ghusl is sufficient for the Friday (prayer's) ghusl — whether it is said that it (the ghusl of Jum'ah) is desirable (mustaḥab) or is said that it is obligatory (wājib). But this does not permit the performance of prayer, because ablution must be in tartīb, and the tartīb is obligatory⁽¹⁾ in ablution according to the more correct of the two scholarly opinions, which is the opinion of the majority...❞


— Al-Shaykh Al-Muḥaddith Sulaymān bin Nāṣir al-'Alwān (source)

~ Galandhaanu

_______________
[1] “Because everyone who described the ablution of the Prophet ﷺ, mentioned it in order. And what came in some aḥādīth that the Prophet ﷺ did not arrange it — as the ḥadīth of Al-Rubayyi'i Bint Al-Mu'awwidhi — this is a narration which is iḍṭirāb (inconsistent). In it 'Abdullah bin Muḥammad bin Aqīl was inconsistent. He is poor in memory...” — al-'Alwān (source)

Читать полностью…

Galandān ގަލަންދާނު

•••
ފޮތް: ”ޣައިބުގެ ތަޅުދަނޑިތަކުގެ ތެރެއިން - ރަޙިމުގެ ޢިލްމު“

މިއީ އައްޝައިޚް، ޑރ. އަބްދުލް ޖަވާދު މުޙައްމަދު އައްޞާވީ ގެ ދިރާސާ އެއްގެ މައްޗަށް ބިނާކޮށް އެކުލަވާލެވިފައިވާ ފޮތެކެވެ.

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

📌 • ދެދޮރުގައި ބީހިގެން ވުޟޫއު ގެއްލުމުގެ ފިޤުހުގެ ޚުލާސާ[hd ފޮޓޯ]

މަޞްދަަރުތައް: 1) އަލްޢަލްވާންގެ ބުލޫޣުލް މަރާމް ގެ ޝަރަޙަ[ޞ. 192 އިން 198] ، 2) އައްޠަރީފީ ގެ الأحاديث المعلة في الطهارة، 3) ސުލައިމާނު ބުނު އައްލަހީމީދު ގެ ބުލޫޣުލް މަރާމުގެ ޝަރަޙަ، [ޞ. 100]، 4) މުޙައްމަދު އާލްޢިލްވާ ގެ (ލިޔުން). މީގެ އިތުރުން 5) އައްސަޢްދު (އޯޑިއޯ)، 6) އަލްޢުޞައިމީ (އޯޑިއޯ)، 7) މުޞްޠަފާ އަލްޢަދަވީ (ވީޑިއޯ) އަދި އޭގައި ބުސްރާގެ ޙަދީޘް ބަލިކަށި ކުރެއްވި، 8) މާހިރު އަލްފަޙްލު (އޯޑިއޯ)

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު


📌 What is the ruling upon the ashā’irah?

The noble Imām, Shaykh al-‘Allāmah Sulaymān Ibn Nāsir al-‘Alwān (فك الله أسره) says:

❝What remains is a discussion on a separate point, so why don’t ahlus-sunnah make takfīr upon the ashā’irah, while they negate the attribute of speech from Allāh, the attribute of anger from Allāh [1], the attribute of pleasure from Allāh, the attribute of love from Allāh.

They say the Qur’ān is a hikāyah [2] from the speech of Allāh (i.e. that Allāh doesn’t speak the Qur’ān directly with His voice, and its letters are created, but rather the meaning we recite is uncreated and comes from Allāh), and this means that the Qur’ān is created.

The reply to this is that ahlus-sunnah differ concerning making takfīr upon the ashā’irah, contrary to the later scholars who stated that ahlus-sunnah don’t make takfīr upon the ashā’irah, this citation is wrong.

Yes it’s correct that the majority of ahlus-sunnah wal-jamā’ah don’t make takfīr upon the ashā’irah, however there are groups of scholars who make takfīr upon the ashā’irah, due to several matters:

1 — Because they don’t affirm the ‘uluw (ascension) of Allāh over His creation, and this is Kufr, since the textual evidence and intellect both affirm that, and the proofs concerning this is clear-cut.

And when Ibn al-Qayyim mentioned the sayings of the scholars regarding the kufr of whoever rejects the ‘uluw of Allāh over His creation, afterwards he said, when mentioning the statement of An-Nu’mān (i.e. Abū Hanīfah) and a group of scholars:

“Likewise, an-Nu’mān (i.e. Abū Hanīfah) and Ya’qūb after him, while the wording belongs to An-Nu’mān, he said; Whoever doesn’t affirm that His throne is above the heavens and above every place, and doesn't affirm that Allāh is above the throne, which isn’t obscure within the thoughts of every mind. He is the one in which there's no doubt in making takfīr upon, how amazing are you (Abū Hanīfah) as an Imām of your time.”

2 — They also reject the Āhād reports (in ‘Aqīdah — i.e. narrations which only come via 1,2,3 narrators in each level of the chain according to their definition), and this is Kufr in general.

3 — They deviate in negating many names and attributes of Allāh.

4 — They say the Qur’ān is created.

5 — They don’t affirm the attribute of speech for Allāh.

And they have other matters in which they’re made takfīr upon (such as saying the apparent meanings of the Qur’ān is disbelief due to resembling Allāh with the creation + most define Īmān as belief in the heart like the Jahmiyyah). However those who didn’t make takfīr upon them said, that’s because they have a misconception and misinterpretation stronger than other than them, so they are not made takfīr upon except after debating them, establishing the hujjah upon them, and clarifying the truth to them.

If an individual asks, why don’t we make takfīr upon them in general terms, nor make takfīr upon their specific individuals except after establishing the hujjah against them? We say it’s because they are of different types;

- Some of the ashā’irah reject the ‘uluw of Allāh over His creation, and groups of scholars among the ashā’irah affirm the ‘uluw of Allāh over His creation.

- There are groups of scholars among them who don’t explicitly profess in negating ‘uluw (Allāh’s ascension above the creation), they say that we affirm ‘uluw in general, then they make tafwīd (i.e. claim that ‘uluw doesn’t have a meaning — not affirming the reality of ascension).

So due to the misconception they have, many scholars abstained from making takfīr upon them. However if we debated an ash’arī, and he said I don’t affirm the ‘uluw of Allāh over His creation, and I say the Qur’ān is created, and I say that Allāh didn’t speak, and we established the hujjah upon him, and removed the misconception from him, and no valid misconception or misinterpretation remains with him, therefore he would become a kāfir due to that.

Continued ⬇️

Читать полностью…
Subscribe to a channel