qalandhar | Unsorted

Telegram-канал qalandhar - Galandān ގަލަންދާނު

1843

ޢިލްމު އަދި އެއަށް ލޯބިކުރާ ދަރިވަރުންނަށް Notes by, ibn Fahmī Dīdī عفا الله عنه Friends & family

Subscribe to a channel

Galandān ގަލަންދާނު

ރޯދަޔަށް ހުރެއްޖެ މީހާ ޙިޖާމާ ޖެހުމާއި މިކަމުގައި ރާޖިޙު ގޮތް

މިއީ މިކަމުގައި ޢިލްމުވެރިން މެދުގައި ދިގުދެމިގެންވާ ޚިލާފެއް ވާކަމެކެވެ: ޙިޖާމާ ކުރުމުން ރޯދަ ގެއްލޭނެތޯ ނުވަތަ ނޫން ތޯއެވެ. އަދި މިކަމުގެ ތެރެއަށް ލޭ ހަދިޔާ ކުރުމުގެ ޤަޟިއްޔާވެސް ވަދެއެވެ. އަދި ބޮޑަށް ގާތްވެގެންވަނީ މީގެ ސަބަބުން ރޯދަ ނުގެއްލޭނޭ ކަމެވެ — والله أعلم. އަދި މިއީ ތަފާތު ދަލީލުތަކެއްގެ މައްޗަށެވެ:

ފުރަތަމަ ދަލީލަކީ: ޘާބިތުލް ބަނާނީ އަރިހުން ޞަޙީޙުލް ބުޚާރީގައި އައިސްފައިވެއެވެ: އަނަސް ބިން މާލިކު އާއި ސުވާލުވެވުނެވެ: "ތިބޭކަލުން ރޯދަވެރިޔާ ޙިޖާމާ ޖެހުމަށް ނުރުއްސައިވައި ވީމުހެއްޔެވެ؟" ވިދާޅުވިއެވެ: "ނޫނެކެވެ. އެހެނަސް ވަރުބަލިކަމުގެ ސަބަބުން މެނުވީއެވެ."

ދެވަނަ ދަލީލު: ދެޞަޙީޙުގައި އިބްނު ޢައްބާސްގެ އަރިހުން އައިސްފައިވެއެވެ: ވިދާޅުވިއެވެ: { اِحْتَجَمَ وَهُوَ مُحْرِمٌ } "އިޙުރާމުގައި ހުންނަވައިގެން ނަބިއްޔާ ޙިޖާމާ ޖެއްސެވިއެވެ." (އަދި އަލްބުޚާރީގެ އެނޫން ރިވާޔަތެއްގައި، "އަދި ރޯދަޔަށް" ހުންނަވައިގެންނޭ ވެއެވެ.)

އަދި { أَفْطَرَ الْحَاجِمُ وَالْمَحْجُومُ }
"ހިޖާމާ ޖެހޭ މީހާ އާއި ޖަހާ މީހާ ރޯދަ ގެއްލިއްޖެއެވެ." މި ޙަދީޘް އަށް ވުރެ އިހު ބަޔާން ވެވުނު ދެޙަދީޘް ޞައްޙަކަން ބޮޑެވެ.

ތިންވަނަ ދަލީލް: { أَفْطَرَ الْحَاجِمُ وَالْمَحْجُومُ } "ހިޖާމާ ޖެހޭ މީހާ އާއި ޖަހާ މީހާ ރޯދަ ގެއްލިއްޖެއެވެ." މި ޙަދީޘް އަށް އިތުރު ތަފްޞީލު އައިސްފައިވުމެވެ. އެހެނީ އައްނަސާއީ، އަބޫ ސަޢީދު އަރިހުން ރިވާކިރެއްވިއެވެ: އެކަލޭގެފާނު ވިދާޅުވިއެވެ: "ﷲ ގެ ރަސޫލާ ﷺ ރޯދަވެރިޔާއަށް އަދި ޙިޖާމާ ކުރުމަށް ނިސްބަތްކުރައްވައި ރުޚްސާ (ލުއިފަސޭހަކަމަށް އިޚްތިޔާރެއް) ދެއްވިއެވެ."

މީގެއިތުރުން: އަޞްޙާބުބޭކަލުން ތެރެއިން ގިނަ ބޭކަލުން ދެކެވަޑައިގެންނެވީ ޙިޖާމާކުރުމުގެ ސަބަބުން ރޯދަ ނުގެއްލޭނޭކަމަށެވެ. އަދި އިންސާނާއަށް ބޮޑަށް ރައުކައުތެރީ: ރޯދަޔަށް ނުހުރެ ޙިޖާމާކުރުމެވެ. އެއީ މިޚިލާފުން ބޭރުވެހުރުމަށެވެ.

~ ޝެއިޚް ޢަބްދުﷲ އައްސަޢްދު

Читать полностью…

Galandān ގަލަންދާނު

އަދި ޝައިޚް އަބޫ ހުމާމް ބަކްރު ބުނު ޢަބްދުލް ޢަޒީޒް އަލްއަޘަރީ تقبله الله އާއި ސުވާލުވެވުނެވެ:

🔻 ޙައިޟު ވެރިޔާ މޮބައިލް ފޯން އިން ޤުރުއާން ކިޔެވިދާނެހެއްޔެވެ؟

ޖަވާބުގައި ވިދާޅުވިއެވެ:
ފުރަތަމަކަމަކަށް: ޙައިޟު ވެރިޔާ ހިތުދަސް އެއްޗަކުން ނޫނީ ކޮންޕިއުޓަރަކުން ނޫނީ މޮބައިލް ފޯނެއް ނޫނީ މިފަދަ އާލަތަކުން ޤުރުއާން ކިޔެވުން ހުއްދައެވެ. އަދި މުޞްޙަފުގައި އަތްލުން މަނައުކުރާ އެތައް ބަޔެއްވެސް މިކަން މިގޮތަށް ދެކެއެވެ.

ދެވަނައީ: އަހަރެމެން ދެކެނީ –والله أعلم– ޙައިޟުވެރިޔާ މުޞްޙަފް ގައި އަތްލުން ޙަރާމް ކުރާ ދަލީލު، ޞައްޙަނޫން ކަމަށެވެ. އަދި ދަލީލަކާއި ލައިގެން މެނުވީ ކަމެއް ޙަރާމްކަމަށް ކަނޑަނޭޅެވޭނެއެވެ. އަދި މިގޮތުގެ މަތީން: ޢުމަރު ބުނުލް ޚައްޠާބު އާއި އިބްނު ޢައްބާސް އާއި ސަލްމާނުލް ފާރިސީ އާއި ޢަލީ ބިން އަބީ ޠާލިބް އާއި ޢާއިޝާ އަދި އަބޫ ހުރައިރާ އާއި އިބްރާހީމުއް ނަޚަޢީ އާއި ސަޢީދު ބުނުލް މުޞައްޔިބް އާއި ސަޢީދު ބުނު ޖުބައިރު އާއި އަލްޙަކަމް އާއި ނަޞްރު އަލްބާހިލީ އާއި ރަބީޢަތުއް ރައުޔު އާއި އަބޫ މަލީކާ އަދި ދާވޫދުއް ޡާހިރީ އާއި އަލްމުޒްނީ އާއި އިބްނު ޙަޒަމް އާއި އައްޠަބަރީ އާއި އިބްނުލް މުންޛިރު އަދި އެނޫން ބޭފުޅުން ދެކިލެއްވިއެވެ... އެއީ މިކަން ޙަރާމް ކުރައްވާ ޖުމްހޫރު ޢިލްމުވެރިންގެ ބައިގަނޑާއި ޚިލާފަށެވެ....“

—މިއީ މިންބަރުއް ތަޥްޙީދުގެ ލަޖްނާ އަށް ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. (ފަތުވާ ނަންބަރު 2113)


~ ގަލަންދާން

Читать полностью…

Galandān ގަލަންދާނު

ހުކުރު ދުވަހުގެ ދުޢާ ޢިޖާބަވަނިވި ވަޤުތަކީ ކޮބާ؟

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ خَيْرُ يَوْمٍ طَلَعَتْ فِيهِ الشَّمْسُ يَوْمُ الْجُمُعَةِ فِيهِ خُلِقَ آدَمُ وَفِيهِ أُدْخِلَ الْجَنَّةَ وَفِيهِ أُهْبِطَ مِنْهَا وَفِيهِ سَاعَةٌ لاَ يُوَافِقُهَا عَبْدٌ مُسْلِمٌ يُصَلِّي فَيَسْأَلُ اللَّهَ فِيهَا شَيْئًا إِلاَّ أَعْطَاهُ إِيَّاهُ ‏"‏

އަބޫ ހުރައިރާ އަރިހުން އައްތިރުމިޛީ ރިވާކުރެއްވި އެވެ: ރަސޫލު اللّٰه ﷺ ޙަދީޘް ކުރެއްވި އެވެ: ”އިރު އެދުވަހެއްގެ މައްޗަށް އެރި އެންމެ ހެޔޮވެގެންވާ ދުވަހަކީ ހުކުރު ދުވަހެވެ. ޢާދަމް ޚަލްޤު ކުރެއްވުނީ އެދުވަހުއެވެ. އަދި އެކަލޭގެފާނުގެ ޖަންނަތަށް ވެއްދެވުނީ އެދުވަހުއެވެ. އަދި އޭގެން (ބިމަށް) ބޭލެއްވުނީވެސް އެދުވަހުގައެވެ. އަދި އޭގައިވާ ސާޢަތެއް (އެބަހީ: ވަޤުތެއް) ވެއެވެ. اللّٰه ހަޟުރަތުގައި އެއްޗަކަށް އެދިއްޖެނަމަ އެކަންފުއްދަވައި ދެއްވާނޭ ގޮތުގައި މެނުވީ މުސްލިމު އަޅަކު ނަމާދު ގައި ހުރެ އެވަޤުތާއި ބައްދަލެއް ނުވާނެއެވެ.“

އަބޫ ހުރައިރާ ވިދާޅުވި އެވެ: ޢަބްދު اللّٰه ބުނު ސަލާމް އާއި ބައްދަލު ވެގެން މިޙަދީޘް ޛިކުރު ކުރުމުން ވިދާޅުވެއްޖެއެވެ: ”ތިމަންކަލޭގެފާނަށް އެސާޢަތެއް އެނގެއެވެ.“ އަހަރެން ދަންނަވައިފީމެވެ: ”ތިކަމުގައި ދަހިވެތި ނުވެ އަހަރެންނަށް ކިޔައިދޭށެވެ.“ ވިދާޅުވިއެވެ: ”އެއީ ޢަޞްރުގެ ފަހުން ފެށިގެން ގޮސް އިރުއޮއްސުމާއި ހަމައަށެވެ.“

އެހެންކަމުން އަހަރެން ދަންނަވައިފީމެވެ: ”(އެވަޤުތެއް) ޢަޞުރު ފަހުން ވާނީ ފަހެ ކިހިނަކުން ހެއްޔެވެ؟ ފަހެ ރަސޫލު اللّٰه ﷺ ވަނީ ޙަދީޘް ކުރައްވާފައެވެ: "‏ لاَ يُوَافِقُهَا عَبْدٌ مَسْلِمٌ وَهُوَ يُصَلِّي ‏"‏...މުސްލިމު އަޅަކު "ޞަލާތު" ގައި ހުރެ އެވަޤުތާއި ބައްދަލެއް ނުވާނެއޭ...“ (އައްޞަލާތު، ޢާންމުގޮތެއްގައި ބުނެވެނީ ނަމާދަށެވެ.) އަދި ތިޔަ ވަޤުތަކީ (އެބަހީ: ޢަޞުރު ފަހަކީ) އޭގައި ނަމާދުކުރުން ނުވާ ވަޤުތެކެވެ.“ ދެން ޢަބްދު اللّٰه ބުނު ސަލާމް ދަންނަވައި ފިއެވެ: ”ރަސޫލު اللّٰه ﷺ ޙަދީޘް ކުރައްވާފައިވެއެވެ: (مَنْ جَلَسَ مَجْلِسًا يَنْتَظِرُ الصَّلاَةَ فَهُوَ فِي صَلاَةٍ) ޞަލާތައް އިންތިޒާރު ކުރުމުގައި އިށީނދެ ހުރެއްޖެ މީހާ އެހެރީ ޞަލާތުގައެވެ.“

އަހަރެން ދަންނަ ވައިފީމެވެ: ”އާދޭހެވެ.“ ވިދާޅުވި އެވެ: ”އެއީ އެކަމެވެ.“

އަބޫ ޢީސާ (އައްތިރުމިޛީ) ވިދާޅުވިއެވެ: މި ޙަދީޘް "ޙަސަން ޞަޙީޙް” އެވެ.



އަބޫ ދާވޫދު، ޢަބްދު اللّٰه ބުނު ސަލާމް އަރިހުން ރިވާކުރެއްވި އެވެ: ...އަހަރެން (ރަސޫލު اللّٰه ﷺ އަރިހު) ދެންނެވިމެވެ: ”އެ ސާޢަތަކި ކޮބައިތޯއެވެ؟“ ޙަދީޘް ކުރެއްވިއެވެ: ‏"‏ هِيَ آخِرُ سَاعَةٍ مِنْ سَاعَاتِ النَّهَارِ ‏"‏ ”އެއީ ދުވާލުގެ ސާޢަތް ތަކުގެ ތެރެއިން އެންމެ ފަހު ސާޢަތެވެ.“

އަހަރެން ދަންނަވައިފީމެވެ: ”އެއަކީ ނަމާދު (އައްޞަލާތު) އަދާ ކުރުމުގެ ވަޤުތެއް ނޫން (ތޯއެވެ؟)“ ޙަދީޘް ކުރެއްވި އެވެ: ‏"‏ بَلَى إِنَّ الْعَبْدَ الْمُؤْمِنَ إِذَا صَلَّى ثُمَّ جَلَسَ لاَ يَحْبِسُهُ إِلاَّ الصَّلاَةُ فَهُوَ فِي صَلاَةٍ ‏"‏ ‏”އާދޭހެވެ. ހަމަކަށަވަރުން މުއުމިނު އަޅަކު ނަމާދުކޮށް އަވަދިވެގެން، ދެން އިށީދެއްޖެނަމަ، އަދި އޭނާ ހިފެހެއްޓިފައި އެހެރީ ނަމާދު ނޫން، އެނޫން އެއްވެސް އެއްޗަކަށް ކަމުގައި ނުވަނީނަމަ، ފަހެ އެހިނދު އޭނާ އެހެރީ ހަމަ ނަމާދު ގައެވެ.“


އަލްޢުލްވާން ވިދާޅުވި އެވެ: ”މިއީ އިބްނު މާޖާ، އަބުއް ނަޠްރު ގެ މަގުން، އަބޫ ސަލަމާ ފުށުން ޢަބްދު اللّٰه ބުނު ސަލާމް ފުށުން ނަބިއްޔާ ﷺ އަރިހުން ރިވާކުރެއްވި ޙަދީޘެކެވެ. އަދި އޭގެ އެންމެހާ ރާވީންނަކީ އިތުބާރުވެވިގެންވާ ބޭފުޅުން ތެރެއިން ވާ ބޭކާލުންނެވެ.“

Читать полностью…

Galandān ގަލަންދާނު



އަދި އަބޫ ސަޢީދު ގެ ޙަދީޘްގެ (މާނަކުރުމަށް އޮތް) ޖަވާބަކީ: އެއީ ޖުމްލަކޮށް އެއްވެސް އަޞްޙާބު ބޭފުޅެއް ވިދާޅުނުވާ އެއްޗެކެވެ. (އެބަހީ: ދުވާލުގެ ކޮންމެ ވަޤުތެއްގައިވިޔަސް ވިތުރި ޤަޟާއު ކުރުމަށް ފަސްކުރުމާއި މެދުގައެވެ.) އަދި އޭގެ ތެރެއިން ބައެއް ބޭކަލުން ފަޖުރު ލުމުގެ ފަހުން ފަތިސް ނަމާދުގެކުރިން ވިތުރި ކުރެއްވި ކަމަށް ވާރިދުވެފައި އެބަހުއްޓެވެ. އެހެންކަމުން ޙަދީޘް މާނާަކުރެވުން ވަނީ މިވަޤުތުގައި ޤަޟާއު ކުރުމުގެ މައްޗަށެވެ. އެހެނީ އެގޮތް އެކަލޭގެފާނު ﷺ ގެ ބަސްފުޅާއި ޢަމަލުފުޅު ދެބަސްވުން ކަނޑުވާލައެވެ. والله أعلم.

ދެންފަހެ ފަޖުރު ލުމާއި ހަމައަށް ދެނެހުރެ ވިތުރި އަޅައިފި މީހާ، ފަހެ ޙައްޤު ބަހަކީ އޭނާއަށް އެބީވެދިއުމެވެ. އަދި ޤަޟާއު ކުރުމުގެ ޙައްޤެއް އޭނާއަށް ނުވުމެވެ. އެހެނީ، އިހު ގެނެވުނު، އަބޫ ސަޢީދު ގެ ޙަދީޘް ގައި ޤަޟާއު ކުރުން ވަނީ ނިދި ޖެހޭ މީހާ އާއި ހަނދުމަ ނެތޭ ކަނޑަ އަޅުއްވާފައެވެ. ވީމާ އެރިވާޔަތުން ފަހުމުވަނީ ދެނެހުރެ އެކަން ކުރާ މީހަކީ މިއާއި ޚިލާފު މީހެއް ކަމެވެ. އަދި އިބްނު ޚުޒައިމާ އެކަލޭގެފާނުގެ ޞަޙީޙް (1092) ގައި، އަބޫ ދާވޫދުއް ޠަޔާލިސީ ގެ މަގުން، ހިޝާމުއް ދިސްތަވާނި އަރިހުން، ޤަތާދާ އަރިހުން އަބޫ ނަޟްރާ އަރިހުން ޢަބޫ ސަޢީދު އަރިހުން ރިވާކުރެއްވިއެވެ: ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވި އެވެ: (من أدركه الصبح ولم يوتر فلا وتر له) ”ފަތިހަށް ފޯރައި އެހެނަސް ވިތުރި ނުކޮށް ހުރެއްޖެ މީހާ، (ދަންނައެ) އޭނާއަށް ވިތުރިއެއް ނުވެއެވެ.“ އަދި މިޙަދީޘް ގެ އަޞްލު ވަނީ ޞަޙީހު މުސްލިމް (754) ގައި މިލަފުޡު އެކުނުލެވިއެވެ. އަދި ޢިލްމުވެރިން ގެ ބަސްފުޅުން ބޮޑަށް ޞައްޙަ ބަސްފުޅުގެ މައްޗަށް، މި ޙަދީޘް ނެގެވުން ވަނީ، ނިންޖާއި ހަނދުމަނެތުމާއި ނުލައި ދަނެހުރު (ވިތުރި) ފާއިތުކުރާ މީހާއަށެވެ. والله أعلم.


— މަޞްދަރު: ފޮތް ”އަޙްކާމު ޤިޔާމިއް ލައިލް“ (ޞ. 9 - 12) ފުރަތަމަ ޗާޕް، ދާރް އަލްއީމާން (pdf)


~ ގަލަންދާން

_____________
[1] انظر الاستذكار (5/288)، وعون المعبود (4/309)، وشرح مسلم للنووي (6/ 24)، والمبدع في شرح المقنع (2/ 4)
[2] فتح الباري لابن رجب (9/160)، وانظر الأوسط لابن المنذر (5/194)

Читать полностью…

Galandān ގަލަންދާނު

#Archives | May 25, 2019

”ތަރާވީޙް ސުންނަތްވެގެންވަނީ ޢިޝާނަމާދާއި ވިދިގެންނެވެ.“

https://telegra.ph/Tarawees-Sunnai-vegenvanee-04-05

Читать полностью…

Galandān ގަލަންދާނު

📣 "ހިދާޔާ ރޭޑިއޯ" މި ޕުރޮޖެކްޓް ހިންގުމުގައި މަސައްކަތް ކުރާ އެންމެހާ ފަރާތް ތަކަށް ﷲ ހެޔޮ ޖަޒާ ދެއްވާށިއެވެ.

http://hidayah.one/beta.html
/channel/HidayahRadio

ހިދާޔާ ރޭޑިއޯގެ 🔻 މި ރޯދައިގެ ފިޤުހުގެ އޯޑިއޯ ތަކަކީ "ގަލަންދާނު" ގައި ޝާއިޢު ކުރެވިފައިވާ ފަތުވާ ތަކުން އެކުލެވިފައިވާ އޭގެ އޯޑިއޯ ކްލިޕް ތަކެވެ.

ހިދާޔާ ރޭޑިއޯ: "ބަޔަކަށް ރޯދަ ވީއްލަން ދިނުމުގެ އަޖުރު"


~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

ހިޖުރައިން 1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު އެއްވެސް ޤައުމަކަށް ފެނިފައިވާކަން އެގިފައި ނެތުމުން ބުރާސްފަތިދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ.

Читать полностью…

Galandān ގަލަންދާނު

ޝެއިޚް ޢަބްދު الله އައްސަޢްދު ވިދާޅުވި އެވެ:

"ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔެވުމަށް ވާ ރިވާޔަތަކީ ހުޝައިމް ފަރާތުން އައިސްފައިވާ ރިވާޔަތެކެވެ.

އަދި ސުފްޔާން އާއި ޝުޢުބާ އަރިހުން "ހުކުރު ދުވަސް" ކަމަށް ނަން ނުގެނެވި އައިސްފައި ވެއެވެ. މި އިތުރުވެފައިވާ ތަން ކޮޅު (ހުކުރު ދުވަސް ކަމަށް ބުނެވުން) މީގައި (ރިވާޔަތުގައި) ބަލިކަށި ކަމެއް ވެއެވެ. އަދި ގިނަ ބައިގަނޑު ރިވާ ކުރި ގޮތް (ހުކުރު ދުވަހަށް ޚާއްސަ ނުކޮށް) މިއީ ބޮޑަށް ޞައްޙަ ގޮތެވެ.

އެހެނަސް ބަޔެއް މީހުންނަށް، މިކަން އެންގުމުން ކަހަފު ސޫރަތް ކިޔެވުން ދޫކޮއްލައި، ހުކުރު ދުވަހަކުވެސް ނޫނީ އެނޫން ދުވަހަކުވެސް އެކިޔެވުމަށް ނޫޅެ އެވެ. އަދި ފަހެ، ހުކުރު ދުވަހު އެ ކިޔެވުމުގައި މައްސަލަޔެއް ނެތެވެ. އެއީ ދެ ހެޔޮކަން އޭގައި އެއްކުރާ ގޮތުގަ އެވެ.

~ ގަލަންދާނު

ނޯޓް: ކަހަފު ސޫރަތާއި ބެހޭ ރިވާޔަތް ތަކާއި އޭގެ ތަފްޞީލް އަށް (މިޕޯސްޓް)

Читать полностью…

Galandān ގަލަންދާނު

ރައްކައު ކުރަމޭ އެކަލޭގެފާނު، ވަށައި ތިބެގެން
ހަނދުމަނެތިކޮށް އަމިއްލަ ދަރިން ބޮޑުބެއިން

ޠާހިރުކަމެއް އެއީ އެމޫނު ވާރޭއޮހޮރޭ ވިލާއެއް ފަދައިން
ޔަތީމުންގެ އުފަލޭ ހުވަފަތް
 ކަނބަލުންގެ ރައްކައު

ގަންދީ ބުނަން ﷲ، އައިބެއްކަމަށް ނުވީހީ ނަމަ
ކާބަފައިންގެ ދައުރުތަކަށް އެއިން ލައިގަނެގެނެދާ

ވީމުހޭ ތަބައު، އެބޭފުޅަށް އެންމެހާ ހާލަތަކު
ނިކަމެތި ބަހެއްގަ މެނުވީ، ދާއިމަށް އަބަދަށް

އެވެރިންގެ ތެރޭ ގާތްތިމާގެ މީހެއް އަނެކާއަށް ނަޞްރުވެރި ނުވުމަކީ އަޢިބެކެވެ. އެއީ ޢަޤީދާގެ ގޮތުން ޚިލާފުވިއެއްކަމަކު އެވެ. އަބޫ ޠާލިބު އޭނާގެ އަޚާގެ ދަރި - އިތުރު އެކަލޭގެފާން عليه أفضل الصلاة والسلام - އަށްޓަކައި މި ޝަރަފުވެރި ނިންމުން ނިންމީ މީގެ މައްޗަށެވެ. އެހެނީ "ޢަރަބީންގެ ތެރޭ، އެވެރިންގެ އަޚާ ނުވަތަ ބޮޑުބެ ދަރި — ކުށެއް މަތީވިޔަސް ނޫނީ ހެވެއް މަތީ ވިޔަސް ނުވަތަ ޢަދުލުވެރިކޮށް ވިޔަސް ނޫނީ އަނިޔާވެރިވިޔަސް — އޭނާ އަށް ނަޞްރު ނުދިނުމަކީ ޢައިބެކެވެ. އޭނާ ދޫކޮށްލުމީ ޢައިބެއް ކަމުގުގައި ވުމުގެ މާނައިގައެވެ. ލޭގެ ގޮތުން އަޚާ ނޫނީ ބޮޑުބެ ދަރި އަށް އެހީނުވެ ހުރެއްޖެ ނަމައެވެ... މިހެން ކަމަށްޓަކައި ބުނެވެއެވެ: "އަނިޔާވެރިވިޔަސް ނޫނީ އަނިޔާ ލިބުނަސް، ތިބާގެ އަޚާއަށް ނަޞްރުވެރިވާށެވެ." އަދި މިއީ ޖާހިލިއްޔަތުގެ ޙުކުމެވެ. ... އެހެނީ "ނަޞްރު" ވެރިވުމަކީ އެވެރިންގެ މަފްހޫމުގައި އަބަދުވެސް އެއްބާރުލުން ދިނުމެވެ. އެހެނަސް އިސްލާމް ކަމުގައި އަނިޔާ ވެރިޔަކަށް "ނަޞްރު" ދިނުމަކީ އޭނާގެ އަނިޔާވެރިކަން ނައްތާލުމަށް ނަޞީޙަތް ތެރިވުމެވެ..."[7]

ހަމަކަށަވަރުން އިސްލާމް ކަން އަނިޔާ ވެރިޔަކަށް ނަޞްރު ވެރިވުން ޙަރާމް ކުޅައެވެ. އެހެންކަމުން މާތް ޙަދީޘް ފުޅެއްގައި ވެއެވެ:
(انصر أخاك ظالماً أو مظلوماً. قيل: يا رسول الله... فكيف أنصره ظالماً؟ قال عليه الصلاة والسلام: تمنعه من الظلم فذاك نصرك إياه)

”އަނިޔާވެރިއެއްކަމުގައި އޭނާވާ ވިޔަސް ނޫނީ އަނިޔާ ލިބޭ މީހެއްކަމުގައި އޭނާ ވިޔަސް، ތިބާގެ އަޚާއަށް ނަޞްރުވެރި ވާށެވެ.“ ދެންނެވުނެވެ: ”...އެހެނަސް އަނިޔާވެރިވާ މީހަކަށް ނަޞްރުވެރިވާނީ ކިހިނަކުންތޯއެވެ؟“ ޙަދީޘްކުރެއްވިއެވެ: ”އަނިޔާވެރިވުމުން އޭނާ މަނާކުރާނީއެވެ. އެއީ އޭނާއަށް ލިބޭ ނަޞްރެކެވެ.“[8]

____

* މި ޅެމުގެ އަޞްލު ނެގިފައިވަނީ ”ދިވެހި ސަރިންދާ“ އިން
[1] انظر السيرة النبوية لابن هشام 1/315.
[2] المصدر السابق 1/635.
[3] المصدر السابق 1/292.
[4] مختصر السيرة النبوية، الشيخ محمد بن عبد الوهاب، ص 68-69.
[5] القصيدة: في السيرة النبوية لابن هشام 1/272-280 (وفي طبقات فحول الشعراء ص 244 جزء 1 البيت الثاني من هذه الأبيات).
[6] وردت (بسنة) في رواية أخرى.
[7] تاريخ الإسلام السياسي: 1 / 65 د. حسن إبراهيم حسن.
[8] حديث متفق عليه.
[9] مسند الإمام أحمد 1 / 401 وفي مسند أبي داود: 7 / 17 مختصر المنذري. وقد سكت عنه المنذري.

Читать полностью…

Galandān ގަލަންދާނު



އަދި (އޭނާގެ) މި ޙަދީޘް ބެލެވެނީ ޖައްޔިދު ޙަދީޘްތަކުގެ ތެރޭގައެވެ. އަދި ޙަސަން ސަނަދު ތަކުގެ ތެރެއިންނެވެ. މިހެންކަމުން، މީގައި ނަބިއްޔު ﷺ އަށް ޞަލަވާތް ކިޔުމުގެ ފަޟުލު އެކުލެވެއެވެ. އަދި ނަބިއްޔު ﷺ އަށް ޞަލަވާތް ކިޔުމަކީ ފާފަ އާއި ކުށްތައް ފުއްސެވުމުގެ އަދި ދަރަޖަ އުފުއްލެވުމުގެ ސަބަބެއް ކަމާއި، އަދި ކަންބޮޑުވުންތައް ފިއްލެވުމުގެ ސަބަބެއް ކަމެވެ.

އެއީ މިބަސްފުޅުގެ މައްޗަށެވެ: (تُكْفَى هَمَّكَ) "ތިބާގެ ކަންބޮޑުވުންތަކަށް ފުދެއެވެ." އެބަހީ: ތިބާ އެކަމަކާއިގެން ކަންބޮޑުވާ ކަންކަން އަދި ބުރަކުރުވާ ކަންކަން ފިލައިދެއެވެ. އެހެނީ ހަމަކަށަވަރުން ނަބިއްޔު ﷺ އަށް ޞަލަވާތް ގިނަގުނަ ކުރުމުގެ ސަބަބުން ﷲ جل وعلا އެކަންކަން ތިބާއަށް ފުއްދަވައިދެއްވައެވެ.

އަދި މިޙަދީޘަކީ ޢާންމު އަދި މުޠްލަޤު ޙަދީޘެކެވެ. އަދި އިންސާނާ ކުރާ ކޮންމެ ކަމެއްގައިވިޔަސް، ކޮންމެ ވަޤުތެއްގައި ވިޔަސް ނުވަތަ ރޭގަނޑުގެ ކޮންމެ ވަޤުތަކަސް ނޫނީ ދުވާލުގެ ވިޔަސް، އޭގެ އަޖުރު ހޯދައިގަނެވި އޭގެ ޘަވާބު ލިއްބައިދެއެވެ.

— الشيخ سليمان العلوان


މަޞްދަރު: ”އަށްވަނަ ހުޅުވާލެވިފައިވާ ބައްދަލުވުން“ (اللقاء المفتوح الثامن) ގެ ސުވާލު ތަކުގެ ތެރެއިން.

~ ގަލަންދާން

Читать полностью…

Galandān ގަލަންދާނު

ޚުލާޞާ:

އަލްޢުލްވާން ވިދާޅުވި އެވެ: ބަޔާން ވެވުނު ދެ ޙަދީޘް އިން ހުކުރު ދުވަހުގެ ޢިޖާބައިގެ ވަޤުތު ޞަރީޙަކޮށް ކަނޑައަޅައި ދެއެވެ. އެއީ ހުކުރު ދުވަހުގެ ޢަޞްރަށް ފަހު ވާ އެންމެ ފަހު ސާޢަތް ކަމެވެ. އަދި ޙާފިޡު އިބްނު ޙަޖަރު رحمه الله "ފަތުޙުލް ބާރީ" ގައި ރިވާކުރެއްވާފައި ވެއެވެ: އަބޫ ސަލަމާ ބުނު ޢަބްދުއް ރަޙްމާން އަރިހުން ސަޢީދު ބުނު މަންޞޫރު، ޞައްޙަ ސަނަދަކުން ރިވާކުރެއްވިއެވެ: ”ޞަޙާބީންގެ ތެރެއިން ބޭކަލުންތަކެއް އެއްވެ، ހުކުރު ދުވަހުގެ ޢިޖާބައިގެ ވަޤުތާއިމެދު ވާހަކަ ދެއްކެވިއެވެ. އެހެންކަމުން ހުކުރު ދުވަހުގެ އެންމެ އާޚިރު ވަޤުތުގައި ކަމަށް އިއްތިފާޤުވެ ލައްވައިގެން މެނުވީ އެ ބައްދަލުވުން ނުނިމެއެވެ.“

އަދި މިއީ، ޖުމްހޫރު ޢިލްމުވެރިން ދެކިލައްވާ ގޮތެވެ. އަދި އިސްޙާޤު އާއި އަޙްމަދު رحمهم الله ޚިޔާރު ކުރެއްވި ގޮތެވެ. އަދި މިއީ އެންމެ ގިނަ ރިވާޔަތްތަކުން ދަލީލު ކުރާ ޙައްޤު ގޮތެވެ...

އެހެންކަމުން މުސްލިމު މީހާއަށް އެދެވިގެން ވަނީ، މިވަޤުތު ތަކުގައި ދުޢާ ކުރުމެވެ. اللّٰه އޭނާގެ ދުޢާއު ޢިޖާބަ ކުރެއްވުމަށް ޓަކައެވެ. އޭނާގެ ފާފަތައް ފުއްސަވައި އޭނާގެ ހިތް ޠާހިރު ކުރައްވައި އޭނާގެ ފަރުޖު ރައްކައުތެރި ކުރެއްވުމަށްޓަކައެވެ. އަދި ދުޢާ އަކީ އޭގެ ޒާތުގައި އަޅުކަމެކެވެ. އެހެންކަމުން މުސްލިމަކު، އަހަރެން އެތައް ފަހަރަކު ދުޢާ ކޮށް އެހެނަސް ޢިޖާބަ ނުވެއޭ، ބުނެ އަވަސް އަވަސްވެ ގަނެގެން ނުވާނެއެވެ. އެހެނީ ފަހަރެއްގައި، އެ ޢިޖާބަވުން ލަސްވަނީ އެތަކެއް މަޞްލަޙަތުތަކެއް އޭނާއަށް އެކަމުގައި އޮވެގެން ކަމަށް ވެދާނެއެވެ. ފަހަރެއްގައި އެދުޢާގައި ޢުދުވާނެއް(ޢަދާވަތްތެރިކަމެއް) އެކުލެވިދާނެއެވެ. އެހެންކަމުން ޢިޖާބަ ނުކުރައްވައެވެ. ފަހަރެއްގައި އެދުޢާއެއްގައި ރަޙިމުގެ ގުޅުން ކެނޑުން އެކުލެވިދާނެއެވެ. އެހެންކަމުން ޢިޖާބަ ނުކުރައްވައެވެ. އަދި ފަހަރެއްގައި އެދުޢާ ޙަރާމް އެއްޗެއް ހޯދައިގަތުމަށް އަދި މީސްތަކުންނަށް އަނިޔާވެރިވުމަށް އަދި ރިބާ ދެއްވުމަށް އޮވެދާނެއެވެ. އެހެންކަމުން އޭނާގެ ދުޢާ ޢިޖާބަ ނުކުރައްވައެވެ. އެހެނީ ދުޢާ ކުރުމުގައި ޝަރުޠުތަކެއް ވެއެވެ. ޝަކެއްނެތް ގޮތުގައި ދުޢާ ޢިޖާބަ ވުމުގެ ކުރިން އެ (ޝަރުޠުތައް) ފުއްދަން ޖެހެއެވެ. އެހެންކަމުން ޝަރުޠުތައް ފުރިހަމަވެ، ޢިޖާބަވުން މަނާ ވަނިވި ކަންކަމުން ނެއްޓިއްޖެ ނަމަ، އެހިނދުގައި އެ ރައްދުވެވިގެން ނުވެއެވެ.


މަސްދަރު: ބުލޫޣުލް މަރާމް ގެ ޝަރަޙައިގެ ތެރެއިން ހުކުރާއި ބެހޭ ބާބުގެ ފޮތުގެ 39 ވަނަ ޞަފްޙާ

Читать полностью…

Galandān ގަލަންދާނު

ނަމާދުގައި ހުރުމަކީ ކޮބާ؟

އަދި އަބޫ ހުރައިރާ އަރިހުން އަލްބުޚާރީ އެކަލޭގެފަނުގެ "ޞަޙީޙު” ގައި ރިވާކުރެއްވި ޙަދީޘް ގައި އެވެ: ރަސޫލު اللّٰه ﷺ ޙަދީޘް ކުރެއްވިއެވެ:

﴿...لاَ يَزَالُ أَحَدُكُمْ فِي صَلاَةٍ مَا دَامَتِ الصَّلاَةُ تَحْبِسُهُ، لاَ يَمْنَعُهُ أَنْ يَنْقَلِبَ إِلَى أَهْلِهِ إِلاَّ الصَّلاَةُ}
”...ތިޔަބައިމީހުން ތެރެއިން މީހަކު ނަމާދަށް ގަޑި ގުނައިގެން އިންނަހާ ހިނދަކު، އެމީހެއް ނަމާދުގައި ވުން ނުކެނޑެއެވެ. އޭނާގެ އަހުލުން ގާތަށް ދިޔުން، ނަމާދު މެނުވީ ނުހުއްޓުވައެވެ.“

އިބްނު ރަޖަބް ވިދާޅުވި އެވެ:

”މީގެ ތެރޭ ހިމެނެނީ، ނަމާދަށް ޤަމަތް ނުދެނީސް ޖަމާޢަތް އޮތް މިސްކިތަކަށް ވަދެއްޖެ މީހެކެވެ. އެހެންކަމުން ނަމާދަށް އިންތިޡާރުގައި އޭނާ އިށީނދެއެވެ. އަދި މީގައި ހިމެނެނީ، އިމާމު މީހާ އާއި އެކު ނަމާދުކޮށް އަވަދިވެ، ދެން އަނެއް ނަމާދަށް އިންތިޡާރުގައި އިށީނދެ ހުރެއްޖެ މީހެކެވެ... އަދި ”އޭނާ ނަމާދުގައި ވުން ކެނޑި ނުދެއޭ" މީގެ މާނައަކީ - والله أعلم - އޭނާ އަށް ނަމާދު ކުރާ މީހެއްގެ އަޖުރު ވާ ކަމެކެވެ. އަދި އޭނާ އަށް އެޘަވާބު ލިބެނީ، އޭނާގެ ނަފްސު ނަމާދަށް ޓަކައި މަޑު ޖައްސާފައި ވުމުން ނެވެ.“(1)

(1) فتح الباري شرح صحيح البخاري لابن رجب - ج 6 - ص. 41

Читать полностью…

Galandān ގަލަންދާނު

•.
"صَلَّى عَلَيْكَ اللهُ مَا لَفَظَ الوَرَى
حَرفًا مِنَ الأذكَارِ والقُرآنِ". ﷺ ♥️

Читать полностью…

Galandān ގަލަންދާނު

ހ) ޢަޞަބިއްޔަތުގެ ބާރާއި، ޖާހިލިއްޔަތުގެ މުޖުތަމައުއަށް އެ ވެރިވެފައިވާ މިންވަރު

އައްޒުހުރީ ޛިކުރު ކުރެއްވިއެވެ: އަބޫ ޖަހުލާއި އޭނާ އާއި އެކު ވީ ޖަމާއަތެއް - އޭގެ ތެރޭ އަލްއަޚްނަސް ބުނު ޝަރީޤް އާއި އަބޫ ސުފްޔާން - ރަސޫލު ﷺ ރޭގަނޑުގައި ކިޔަވާ ވިދާޅުވާ އަޑު އަހައެވެ. އެހެންކަމުން އަލްއަޚްނަސް އަބޫ ޖަހުލު އައި ސުވާލުކުރިއެވެ: އޭ އަބުލް ޙަކަމް އެވެ! މުޙައްމަދު ފުށުން ކަލޭ އަޑު އެހި (ޤުރުއާނާއި) މެދު ރައުޔުއަކީ ކޮބައިހެއްޔެވެ؟ އަބޫ ޖަހުލު ބުންޏެވެ: ޝަރަފުވެެިކަމުގައި ބަނީ ޢަބްދު މަނާފް (އެބަހީ، ﷲ ގެ ރަސޫލުގެ ޤަބިލާ) އާއި އަހަރެމެން ވާދަ ކުރީމެވެ. އެވެރިން ކާންދޭ ފަދައިން އަހަރެމެން ކާންދެމެވެ. އެވެރިން ޒިންމާ އުފުލާފަދައިން އަހަރެމެން އުފުލަމެވެ. އަދި އެވެރިން ހޭދަ ކުރާ ފަދައިން އަހަރެމެންވެސް ހޭދަކުރަމެވެ. އެއީ އަހަރެމެން އެވެރިންނާއި ކަރާއި ކަރު ޖައްސައި، އެއްހަމަޔަކު ވާދަޔަށް ދުއްވަމުން ދިޔަ ދެއަސްފަދައިން ތިއްބައި، އެވެރިން މިހެން ބުނުމާއި ހަމައަށެވެ: "އަހަރެމެން ތެރޭން އުޑުން ވަޙީ ބާއްވައިލެއްވޭ ނަބިއްޔެއް އައިސްފިއެވެ." އަހަރެމެންނަށް އެއާއި އެއްފަދަ ވެވޭނީ ކިހިނަކުން ހެއްޔެވެ؟ ﷲ ގަންދީ ބުނަމެވެ. ދުވަހަކުވެސް އެއަކަށް އީމާނެއް ނުވާނަމެވެ. އަދި އެ ތެދެއްވެސް ނުކުރާނަމެވެ. [1]

ﷲ ގެ ރަސޫލު ﷺ ގެ ކިޔަވާ ވިދާޅުވުން އަޑުއެހުމަށް މިވެރިން، ތިން ރޭ ވަންދެން ދިޔައެވެ. އަދި ރަސޫލަށް އެއުރެންނާއި ބެހޭގޮތުން އެނގިވަޑައި ނުގަންނަވައެވެ. ދެން އެވެރިން އެކަކު އަނެކަކާއި ދިމާވެ އަލުން އަނބުރައި ނުދިޔުމަށާއި އަޑުނޭހުމަށް ވަޢުދުވެއެވެ. ޤުރުއާން އެވެރިންގެ ނަފްސުތަކަށް ހިތްހަމަޖެހުން ގެނުވައެވެ. އެހެނަސް ޢަޞަބިއްޔަތު މިވެރިން - ވަކިން ޚާއްޞަ ކޮށް އަބޫ ޖަހުލު - މި ބޭއިންސާފު ގޮތްދޫނުކުރާ ނިންމުމަށް ގެނުވިއެވެ.

މި އަބޫ ޖަހުލު ޤަތުލު ވީ ބަދުރު ގައެވެ. އަދި ޢަބްދު ﷲ އިބްނު މަސްޢޫދު رضى الله عنه އޭނާގެ ކަރުމައްޗަށް އަރައިވަޑައިގެން ސުވާލުކުރެއްވިއެވެ: "ﷲ ތިބާ ނިކަމެތި ކުރައްވައިފި ނޫންހެއްޔެވެ! އޭ ﷲ ގެ ޢަދުއްވެވެ!" އޭނާ ޖަވާބުދިނެވެ: ފަހެ އެމީހެއްގެ އަމިއްލަ މީހުން ޤަތުލުކުޅަ މީހެއްގެ މައްޗަށް ވަކި އިތުރުމީހެއް ގަދަވެވުނީ ހެއްޔެވެ؟" އެބަހީ: އެމީހެއްގެ މައްޗަށް ޢައިބެއް ނުވެއޭ އެވެ. އެހެނީ އޭނާ ޤަތުލު ކުރީ އޭނާ އާއި އެއް ޝަރަފެއްގެ އޭނާގެ ޤަބީލާއިން ކަމުންނެވެ! [2]

މަރުވުމާއި ހަމައަށް ވެސް ޢަޞަބިއްޔަތެވެ!



ނުނިމޭ

Читать полностью…

Galandān ގަލަންދާނު

”ޢަޞަބިއްޔަތުގެ ދޮސް ފާރަށް، ޛަހަބިއްޔަތުގެ ފަރުވާއެއް“ (1)

Читать полностью…

Galandān ގަލަންދާނު

ފައިދާއެއް:

ނަބިއްޔު ﷺ ނިދިން ތެދުވެވަޑައިގަންނަވާ ހިނދު ވިދާޅުވެއެވެ:

الحَمْدُ لِلهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُورُ

"އެންމެހާ ޙަމްދު ތަޢުރީފެއް ޙައްޤުވެގެންވަނި ﷲ އަށެވެ. އެއީ އަޅަމެން މަރުގެންނެވުމަށްފަހު، އަޅަމެންނަށް ދިރުންދެއްވި އިލާހެވެ. އަދި (ކަށްވަޅުތަކުން) ތެދުކުރެވި އެއްކުރެވޭހުށީ އެއިލާހުގެ ޙަޟްރަތަށެވެ."

ރިވާކުރެއްވި އަލްބުޚާރީ އާއި މުސްލިމް އެވެ.

އައްނަވަވީ ވިދާޅުވިއެވެ:
وحكمته إذا أصبح أن يكون أول عمله بذكر التوحيد والكلم الطيب

”އަދި އޭގެ ޙިކުމަތަކީ، (ހޭލެވުމަށްފަހު) އެމީހެއްގެ އެންމެ ފުރަތަމަ ޢަމަލަކީވެސް، ތަޥްޙީދު (އެބަހީ: ﷲ ގެ އެއްކައުވަންތަކަން) ހަނދުމަ ކުރުމާއި ހެޔޮ ބަހެއް ކަމުގައި ވުމެވެ.“

ޝައިޚް ޢަބްދުލް ޢަޒީޒް އަލްޚުޟައިރު ވިދާޅުވިއެވެ:

”އަދި ﷲ ތިބާގެ ޢުމުރު ވެސް (އެއިން) އިތުރު ކުރައްވައެވެ. ހޭލެވޭ ކޮންމެ ހިނދަކު الحمدلله އޭ ކިޔައި (އެއަށްޓަކައި) ﷲ ﷻ އަށް ޝުކުރު ކުރެވެއެވެ. ﷲ ﷻ ވަޙީ ކުރެއްވި ފަދައިން ނެވެ:

لَئِن شَكَرْتُمْ لَأَزِيدَنَّكُمْۖ

(ހަމަކަށަވަރުން، ތިޔަބައިމީހުން شكر ކޮށްފިނަމަ، ކަށަވަރުންވެސް ތިމަން އިލާހު ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ.)

އަދި މިޛިކުރަކީ، ރޭގަނޑާއި ދުވާލުގެވެސް ނިދިން ހޭލަމުން ކިޔުންވާ ޛިކުރެކެވެ.“

~ ގަލަންދާން

Читать полностью…

Galandān ގަލަންދާނު

ކެއްސައިގެން ވިޔަސް، ނޭފަތުން (ވައިހޮޅިން) އަންގަތެރެއަށް ފައިބާ ވިޔަސް، އަރިދަފުސް ރޯގާ އާއި މެދު، ސައްހަ ރައުޔަކީ (ދިރުވިޔަސް) ރޯދަ ނުގެއްލޭނޭ ކަމެވެ. އެހެނީ އޭނާ ބޭރުން އެއްޗެއް ގެނެސް ނުގައްނަތީ އެވެ.

އަލް ޢުލްޥަން

Читать полностью…

Galandān ގަލަންދާނު



ވިތުރި (އަދި ދަމުނަމާދު) ޤަޟާއު ކުރުން

އައްޝައިޚް އަލް-މުޙައްދިޘް، ސުލައިމާން ބުނު ނާޞިރް، އަލްޢަލްވާން

”ވިތުރި ނުކުރެވި ނިދިއްޖެ މީހާ ނުވަތަ ހަނދާން ނެތިއްޖެ މީހާ، ފަހެ އޭނާގެ މައްޗަށް ވަނީ ފަތިސް ވަޤުތު ވަނުމަށް ފަހު (ވިޔަސް) އެނަމާދު ކުރުމެވެ. އެއީ ފަތިސް ނަމާދު ކުރުމުގެ ކުރިންނެވެ. އަބޫ ދާވޫދު ޤަވިއްޔު (ވަރުގަދަ) ސަނަދަކުން އަދި އަލްޙާކިމް (1/302) ވެސް ރިވާކުރައްވައި "ދެ ޝައިޚުން (އެބަހީ: އަލްބުޚާރީ އާއި މުސްލިމް) ގެ ޝަރުޠުތަކުގެ މައްޗަށް ޞައްޙަ" ކަމަށްވިދާޅުވެ، މުޙައްމަދު ބުނު މުޠްރަފް އަލްމަދަނީ ގެ މަގުން، ޒައިދު ބުނު އަސްލަން އަރިހުން، ޢަޠާއު ބުނު ޔަސާރު އަރިހުން، އަބޫ ސަޢީދު އަލްޚުދްރީ އަރިހުން ރިވާކުރެއްވިއެވެ: ވިދާޅުވިއެވެ: ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ: «مَنْ نَامَ عَنْ وِتْرِهِ أَوْ نَسِيَهُ فَلْيُصَلِّهِ إِذَا ذَكَرَهُ» ”އެމީހެއްގެ ވިތުރި ފަހަނައަޅައި ނިދިއްޖެ މީހާ ނުވަތަ ހަނދުމަނެތިއްޖެ މީހާ، ފަހެ ހޭވެރިވުމާއި އެކު އެނަމާދު ކުރާށެވެ.“

އަދި މި ރައުޔަކީ އަޞްޙާބުންނާއި ތާބިޢީން ކުރެ ބައިގަނޑެއް އަރިހުންވެސް ރިވާވެގެންވާ ޤަވްލެވެ. އަދި އެއީ އިމާމް މާލިކު ގެ ޤަވްލެވެ. އަދި އައްޝާފިޢީ އާއި އަޙްމަދު ގެ ވެސްމެއެވެ. رحمهم الله تعالى.⁽¹⁾

ދެންފަހެ އިރު އެރުމާއި ހަމަޔަށް ވިތުރި ފާއިތުވެ ގޮސްފައިވާނަމަ، ޢިލްމުވެރިންވެ ތެރެއިން ބައެއް ވިދާޅުވަނީ: އޭނާ އެ އަދާ ކުރުން ވަނީ ހަމަ-އަދަދަކުންނެވެ. (އެބަހީ 3 ރަކުޢަތް ވިތުރީގައި ކުރާ މީހެއް ނަމަ 4 ރަކުޢަތް، 1 ރަކުޢަތް ނަމަ 2 ރަކުޢަތް މިބީދައިން އެވެ.) އަދި ދަލީލެއް ގޮތުގައި ބޭނުން ކުރައްވަނީ މުސްލިމް އެކަލޭގެފާނުގެ ޞަޙީޙު (746) ގައި ޤަތާދާގެ މަގުން، ޒަރާރާ އާރިހުން، ސަޢްދު ބުނު ހިޝާމް އަރިހުން ރިވާކުރެއްވި ޢާއިޝާ ގެ ޙަދީޘެވެ. އެކަމަނާ ވިދާޅުވިއެވެ: ”ދަމުނަމާދުގެ މައްޗަށް ނިދި ބުރަޖެހިވަޑައިގެންފި ނަމަ ނޫނީ (ބަލިވެ އުޅުއްވުމުގެ) ވޭން، ރަސޫލު ﷲ ދުވާލު ބާރަ ރަކުޢަތް ކުރައްވައެވެ.“

މި މަސްއަލާ ގައި ދެވަނަ ޤަވްލަކީ: (ދުވާލު ވިޔަސް) އެމީހާ ވިތުރި (އޮނަހިރި އަދަދަށް) ޤަޟާ ކުރުމެވެ. ޠާވޫސް އާއި މުޖާހިދު އާއި އައްޝިޢްބީ އަދިއެނޫން ބޭފުޅުންގެ ބަސްފުޅެވެ. އަދި މިބޭފުޅުންގެ ޙުއްޖަތަކީ ހަމަ އަބޫ ސަޢީދު ގެ ޙަދީޘްފުޅެވެ. ކުރިން އެ ޛިކުރުވެވިއްޖެއެވެ.އޭގެ ލަފުޡުގައި ވަނީ: ”އެމީހެއްގެ ވިތުރި ފަހަނައަޅައި ނިދިއްޖެ މީހާ ނުވަތަ ހަނދުމަނެތިއްޖެ މީހާ، ފަހެ ހޭވެރިވުމާއި އެކު އެނަމާދު ކުރާށެވެ.“ އެއީ، އިރު އެރުމަށް ފަހު ގައި ވިޔަސް ވިތުރި ޤަޟާއު ކުރެވޭނެ ކަމުގެ މައްޗަށް މިޙަދީޘް ގެ (إذا ذكره) ”ހަނދުމަ ވާހިނދު" މިބަސްފުޅުގެ އާއްމު މާނައިން ދަލީލުވުމެވެ. އަދި އަލްއަޥްޒާޢީ ވިދާޅުވިއެވެ: ”އެރެއަށްފަހު އަންނަ ދުވަހުގައި އޭނާ އެ ޤަޟާއު ކުރާށެވެ. އެއީ އަނެއް ޢިޝާ ނަމާދު ވަނުމާއި ހަމައަށެވެ. އޭގެ ފަހުން އެއެއް ޤަޟާއު ވުން ނުވެއެވެ. އެހެނީ އެއްރެޔެއްގައި ދެވިތުރި ޖަމަޢަ އެއް ނުކުރެވޭ ހުއްޓެވެ.“⁽²⁾

ދެންފަހެ އިހު ބަޔާންވެވުނު ޢާއިޝާ ގެ ރިވާޔަތާއި މެދު ވިދާޅުވަނީ: އޭގައި ވިތުރި ނަފީ ވެފައި ނުވާކަމެވެ. އެހެނީ އެއީ ނިދި ބަރުހެލިވެގެން ނޫނީ (ބަލީގެ) ވޭނައި ހެދި، ރޭގަނޑުގެ ކުރީބައި ގައި ވިތުރި އޭގެ އެންމެ މަދު އަދަދަށް ކުރުކޮށް ކުރުމަށްފަހު، ދުވާލުވުމުން ދަމުނަމާދު ކުރުމުގެ މައްޗަށް ކަމުގައެވެ. އެހެނަސް މި މަނާަކުރުމަށް ދެބަސް ވެވެއެވެ. އަދި އެކަލޭގެފާނު ރޭގަނޑުގެ ފުރަތަމަ ބައިގައި ވިތުރި ކުރެއްވި ކަމަށް ޢާއިޝާ ގެ ޙަދީޘް މާނަކުރެވުން ވަރަށް ދުރެވެ. އެހެނީ މިކަން، އެހެންވީނަމަ، ޢާއިޝާ އެވާހަކަ ވިދާޅުވީހެވެ. އެހެނީ މިތަނުގައި އެ ނިޔާ ކަނޑައެޅުމުގެ އަހައްމިޔަތުކަން އޮތުމުންނެވެ. އަދި ފާޅުވަނީ އިތުރުއެކަލޭގެފާނުން ﷺ ވިތުރި ނުކުރައްވާ ކަމެވެ. އަދި ޢާއިޝާ ގެ ބަސްފުޅު: ”...ދުވާލު ބާރަ ރަކުޢަތް ކުރައްވައޭ“ މިއިން އެކަމަށް ދަލީލުދެއެވެ. އެހެނީ ރޭގަނޑު ވިތުރި ކުރެއްވީހީ ނަމަ، ދުވާލުގައި ކުރެއްވީހީ ދިހަ ރަކުޢަތެވެ. އެހެނީ ޢާއިޝާ ވިދާޅުވެފައި ވެއެވެ: ”ރަމަޟާނަކަސް ނޫނީ އެހެން މަހެއްގައިވިޔަސް ރަސޫލު ﷲ ﷺ އެގާރަ ރަކުޢަތަށް ވުރެ އިތުރު ނުކުރައްވައެވެ.“ —متفق عليه.

=

Читать полностью…

Galandān ގަލަންދާނު

ސުވާލު: އިމާމް އައްޝާފިޢީ ކޮންމެ ރޯދަމަހެއްގައި 60 ހަތިމް ކުރައްވާ ކަމަށް އައިސްފައިވާ ޚަބަރުތަކުގެ ޞައްޙަ ކަމަކީ ކޮބައިތޯއެވެ؟


ޖަވާބު: ”އައް-ރަބީޢު ބުނު ސުލައިމާނުލް މުރާދީ އަލްމިޞްރީ އަރިހުން ބޮޑު ޖަމާޢަތެއް ވަނީ މިވާހަކަ ރިވާ ކުރައްވާ ފައެވެ: އެކަލޭގެފާނު ވިދާޅުވިއެވެ:

”އައް-ޝާފިޢީ ރޯދަ މަހު 60 ފަހަރު ޤުރުއާން ހަތިމް ކުރައްވައެވެ...“

އަދި މިބޭފުޅާ — އައްރަބީޢު — އަކީ އައްޝާފިޢީ ގާތު (ދަރިވަރުވެ) އުޅުއްވި ބޭކަލެކެވެ. އަދި މިއީ ޞައްޙަ ވާހަކައެކެވެ.“

— އައްޝައިޚް އަލްމުޙައްދިޘް ޑރ. ޚާލިދުލް ހާޔިކް އަބޫ ޞުހައިބް އަލްޙުސައިނީ (މަޞްދަރު)


~ ގަލަންދާން

Читать полностью…

Galandān ގަލަންދާނު

#Archives | May 25, 2019

”ތަރާވީޙް ސުންނަތްވެގެންވަނީ ޢިޝާނަމާދާއި ވިދިގެންނެވެ.“

https://telegra.ph/Tarawees-Sunnai-vegenvanee-04-05

Читать полностью…

Galandān ގަލަންދާނު

ފޮތް: އަލްޢަލްވާން ގެ ރޯދައިގެ ފިޤުހުން 50 ފައިދާ (78 ޞަފްޙާ) pdf ފައިލް.

— އައްޝެއިޚް ޑރ. ޢަބްދު ﷲ ބުނު ޙަމޫދު އަލްފަރީޙް
Final
~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

/channel/GalandhaanRoadha

Читать полностью…

Galandān ގަލަންދާނު

🔻
”އަދި ޙައްޤު (ކަށަވަރީ) ޢިޖާބަ ވުމުގެ ވަޤުތަކީ ހުކުރު ދުވަހުގެ ޢަޞުރު ފަހުންވާ އެންމެ ފަހު ވަޤުތު ކަމެވެ. އެހެނީ، ޢަބްދު اللّٰه ބުނު ސަލާމް އަރިހުން ރިވާވެގެން ވެއެވެ: ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި އެވެ: (هي آخر ساعات النهار) ”އެއީ ދުވާލުގެ އެންމެ ފަހު ވަޤުތެވެ.“ އަދި މި ރިވާކުރެއްވީ އިބްނު މާޖާ، އަބުއް ނަޡްރު މެދުވެރިކޮށް، އަބޫ ސަލަމާ ފުށުން، ޢަބްދު اللّٰه ފުށުން، ނަބިއްޔާ ﷺ އަރިހުންނެވެ. އަދި އޭގެ އެންމެހާ ރާވީންނަކީ އިތުބާރުވެވިގެންވާ ބޭފުޅުން ތެރެއިން ބޭކަލުންނެވެ.“

~ އަލްޢުލްވާން

______________

މި މައުޟޫއުގެ ތަފްޞީލަށް (މިޕޯސްޓް) — ގަލަންދާާނު

Читать полностью…

Galandān ގަލަންދާނު

•.
"صَلَّى عَلَيْكَ اللهُ مَا لَفَظَ الوَرَى
حَرفًا مِنَ الأذكَارِ والقُرآنِ". ﷺ ♥️

Читать полностью…

Galandān ގަލަންދާނު



📌 ހުކުރު ވިލޭރެޔާއި ހުކުރު ދުވަހު ނަބިއްޔު ﷺ އަށް ޞަލަވާތް ކިޔުން ޚާއްޞަ ވުން

ސުވާލު: ﷲ ތިބާއަށް ޢަފޫ ކުރައްވާށިއެވެ. ޝައިޚެވެ! ނަބިއްޔު ﷺ އަރިހުން ހުކުރު ވިލޭރެޔާއި ހުކުރު ދުވަހުގައި އެކަލޭގެފާނަށް ޞަލަވާތް ކިޔުމުގެ މާތްކަމާއި މެދު ވާރިދުވެފައިވޭ ހެއްޔެވެ؟

ޖަވާބު: އާއެކެވެ. މިކަމުގެ މައްޗަށް ގިނަ ޙަދީޘްތަކެއް ވާރިދުވެފައިވެއެވެ. ގާތްގަނޑަކަށް ފަނަރަ ޙަދީޘް އާއި ގާތްކުރެއެވެ. އެހެނަސް އެއިން އެއްވެސް އެއްޗެއް ޞައްޙައެއް ނޫނެވެ. އަދި އެހުރިހާ އެއްޗެއްވެސް މަޢްލޫލެވެ. (ޞައްޙަ ނޫންކަމުގެ ޢައިބު އެކުލެވެއެވެ.)

އަދި އެކަތި ކޮށްގެން އެ (ރިވާޔަތްތައް) ވަރުގަދަވެއެވެ. އެހެނީ (ސަނަދު ތަކުގެ) ބައެއް މަގުތައް ވަރުގަދައެވެ. އަދި ބައެއް ޢިލްމުވެރިން އޭގެ ތެރެއިން ބައެއް ރިވާޔަތްތައް ޞައްޙަ ކަމަށް ކަނޑައެޅުއްވި އެވެ. އަދި ހުކުރު ދުވަހާއި އޭގެ ވިލޭރޭ ނަބިއްޔު ﷺ ގެ މައްޗަށް ޞަލަވާތް ކިޔުމުގެ ފަޟުލު އާއިމެދު ވާރިދުވެފައިވާ ޙަދީޘްތައް އެކުލަވާލުމުގައި އެންމެ މޮޅުއިތުރު ފޮތުގެ ތެރޭގައިވަނީ އަލްއިމާމް އިބްނުލް ޤައްޔިމް -رحمه الله- ގެ «جلاء الأفهام في فضل الصلاة على سيد الأنام»

އަދި ހަމައެފަދައިން މިކަމުގެ މައްޗަށް ވާ ޙަދީޘްތައް އައްސަޚާވީ ވެސް ހަމަ ނަބިއްޔު ﷺ އަށް ޞަލަވާތް ކިޔުމުގެ ފަޟުލު އާއިމެދުވާ ފޮތުގައި އެކުލަވާލެއްވި އެވެ.

އަދި އަލްޙާފިޡް އިބްނު ކަޘީރު، ﷲ جل وعلا ގެ ބަސް ވަޙީ ﴿إِنَّ اللَّهَ وَمَلائِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا﴾ [الأحزاب: 56] — މިއާޔަތުގެ ތަފްސީރުގެ ދަށުންވެސް މީގެ ތެރެއިން ބައެއް (ރިވާޔަތްތައް) ޛިކުރުކުރެއްވިއެވެ.

އަދި ނަބިއްޔު ﷺ އަށް ޖުމްލަގޮތެއްގައި ޞަލަވާތް ކިޔުމަކީ ކަށަވަރުކޮށް ޝަރުޢުވެގެންވާ ކަމެކެވެ. އަދި އޭގައި މަތިވެރިވެގެންވާ ފަޟުލަކާއި ބޮޑު ޘަވާބެއް ވެއެވެ. އަދި ނަބިއްޔު ﷺ ޙަދީޘް ކުރައްވާފައިވެއެވެ: «مَنْ صَلَّى عَلَيَّ صَلاَةً صَلَّى اللهُ عَلَيْهِ بِهَا عَشْرًا» ”ތިމަންކަލޭގެފާނަށް ޞަލަވާތް ކިޔައިފި މީހަކަށް، ﷲ އޭނާގެ މައްޗަށް އެއިން ދިހަ ފަހަރު ޞަލަވާތް ލައްވަތެވެ.“ (ރިވާކުރެއްވީ) މުސްލިމް އެކަލޭގެފާނުގެ "ޞަޙީޙު" ގައެވެ. އަދި އަބޫ ހުރައިރާ ގެ ޙަދީޘް ތަކުންނާއި ޢަބްދު ﷲ ބުނު ޢަމްރު ބުނުލް ޢާޞްގެ ޙަދީޘްތަކުން މުސްލިމް މި ރިވާކުރެއްވިއެވެ.

އަދި ނަބިއްޔު ﷺ އަށް ޞަލަވާތް ކިޔުމުގައި އެންމެ މޮޅުއިތުރީ އިބްރާހިމިއްޔަ ޞަލަވާތެވެ. އަދި އޭގެ ވައްޓަފާޅިއަކީ: (اللّهُـمَّ صَلِّ عَلـى مُحمَّـد، وَعَلـى آلِ مُحمَّد، كَمـا صَلَّيـتَ عَلـى إبْراهـيمَ وَعَلـى آلِ إبْراهـيم، إِنَّكَ حَمـيدٌ مَجـيد ، اللّهُـمَّ بارِكْ عَلـى مُحمَّـد...) އޭގެ ނިޔަލަށެވެ.

އަދި ތިބާއަށް اللَّهُمَّ صَلِّ وَ سَلِّمْ عَلَى مُحَمَّدٍ ކިޔުންވެސް އެބައޮތެވެ. އެއީ ﷲ جل وعلا ގެ މި ވަޙީ ބަސްފުޅުގެ މައްޗަށެވެ: ﴿صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا﴾ [الأحزاب: 56] (...އަދި އެކަލޭގެފާނުގެ މައްޗަށް سلام ލެއްވުންއެދި ތިޔަބައިމީހުން ގިނަގިނައިން دُعَاء ކުރާށެވެ!“)

އަދި ނަބިއްޔު ﷺ ގެ މައްޗަށް ގިނަގުނައިން ޞަލަވާތް ކިޔުން މުސްތަޙައްބު ވެގެންވެއެވެ. އެއީ އުބައްޔު ގެ ޙަދީޘްގެ ދަލީލުގެ މައްޗަށެވެ. އެކަލޭގެފާނުގެ ނަބިއްޔު ﷺ އަށް ދެންނެވި ކަމަށެވެ: އަހަރެންގެ ދުޢާ ގައި ކަލޭގެފާނަށް ޞަލަވާތް އެކުލަވާލަންވީ ކިހާވަރަކަށްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ: (ما شئت) ”ތިބާ އެދޭ މިންވަރަކަށެވެ.“ ދެންނެވީމެވެ: ހަތަރުބައި ކުޅަ އެއްބައި ގައި އެކުލަވާލަންތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ: (ما شئت) ”ތިބާ އެދޭ މިންވަރަކަށެވެ.“ދެންނެވީމެވެ: އޭގެ ދެބައިކުޅަ އެއްބައިތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ: (ما شئت) ”ތިބާ އެދޭ މިންވަރަކަށެވެ.“ ދެންނެވީމެވެ: ތިންބައިކުޅަ ދެބައި ގައި އެކުލަވާލަންތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ: (ما شئت) ”ތިބާ އެދޭ މިންވަރަކަށެވެ.“ ދެންނެވީމެވެ: މުޅި ދުޢާ ގައި ކަލޭގެފާނަށް (ޞަލަވާތް) އެކުލަވާލަން ތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ: (إِذًا تُكْفَى هَمَّكَ وَيُغْفَرُ لَكَ ذَنْبُكَ) ”އެހެންވެއްޖެނަމަ ތިބާގެ ކަންބޮޑުވުންތައް ފުދި ތިބާގެ ފާފަތައް ތިބާއަށް ފުއްސެވޭނެތެވެ.“ އަދި މިރިވާޔަތަކީ އައްތިރުމިޛީ ގެ ރިވާޔަތެކެވެ. އަދި އޭގެ ސަނަދުގައި ޢަބްދު ﷲ ބުނު މުޙައްމަދު ބުނު ޢުޤައިލް ހިމެނެއެވެ. އޭނާއަކީ ހިތުންކިޔައިދިނުމުގައި ކުށްޖެހޭ އެހެނަސް (صدوق) ތެދުވެރިޔެކެވެ. އަދި (އެހެން ރިވާޔަތަކާއި) ޚިލާފުނުވާހިނދު، އަދި (ޙަދީޘްގެ) އަޞްލުގައި އޭނާ އެކަހެރިނުވާނަމަ، އެހިނދު އޭނާގެ ޙަދީޘްތަކަކީ ޖައްޔިދު (ބަރާބަރު) ޙަދީޘެވެ.

=

Читать полностью…

Galandān ގަލަންދާނު

ސާއަތަކީ ކޮބާ؟

ޤުރުއާނާއި ޙަދިޘް އަދި ޞަޙާބިންނާއި ސަލަފުންގެ ބަސްތަކުން ސާޢަތަކީ އައިސްފައިވާ ބަހެކެވެ. މިޒަމާނުގައި މިލަފުޒު ޢާންމުން ތެރޭ ބޭނުން ކުރެވެނީ ދުވާލުގެ 24 ގަޑި އިރު ތެރެއިން ގަޑި އިރަކަށެވެ. އެހެނަސް ޝަރުޢީ މާނައިގައި ސާޢަތަކީ މިޒަމާނުގައި މިވާފަދައިން 60 ސިކުންތާއި 60 މިނިޓާއި 24 ގަޑިއިރެއް ނޫނެވެ. އެހެނަސް ޢާންމު ގޮތެއްގައި ބޭނުން ކުރެވިފައިވަނީ "ދުވާލުގެ ވަޤުތުން ބަޔެއް” އަދި "ރޭގަނޑު ގެ ވަޤުތުން ބަޔެއް" ގެ ގޮތުގައެވެ. އަދި މިވަޤުތު އެ ބަސްފުޅަކުން މުރާދު ކުރާ އަދި އިސްތިއުމާލުވެވޭ ގޮތެއްގެ މަތީން ކުރުވުން ނޫނީ ދިގުވުން ހިމެނެއެވެ.

ހަމަ މިފަދައިން އާޚިރަތް ދުވަހަށްވެސް މި ލަފުޛު ބޭނުން ކުރެވެއެވެ. އަދި މިދެ މޭނާ އެއިލާހު تَعَالَى ގެ މި ވަޙީ ގައި ޝާމިލުވެފައިވެއެވެ:

وَيَوْمَ تَقُومُ ٱلسَّاعَةُ يُقْسِمُ ٱلْمُجْرِمُونَ مَا لَبِثُوا۟ غَيْرَ سَاعَةٍۚ

”އަދި "ސާޢަތު" ގާއިމު ވާހިނދު، ކުށްވެރިން "ސާޢަތަކަށް" މެނުވީ އެއުރެން ނުތިބޭކަމަށް ހުވާކުރާނެތެވެ...“(ސޫރަތުއްރޫމް 30:55)

ފުރަތަމަ ތަނުގައި އޭގެ މާނައަކީ ޤިޔާމަތުގެ ވަޤުތެވެ. ދެވަނަ ތަނުގައި، ޒަމާނެއްގެ ކުޑަ ވަޤުތު ކޮޅަކަށެވެ. މިއީ މިބައިމީހުން ދުނިޔޭގައި އިޞްލާހުވާން ލިބުނު ވަޤުތު މަދުކަމަށް ބުނެ ހުށަހަޅާ ޢުޛުރެކެވެ.

އެހެން ކަމުން ހުކުރު ދުވަހުގެ ދުޢާ ޢިޖާބަވާ ވަޤުތަކީ ވަރަށް ކުޑަ ސާޢަތެކެވެ. އަދި މިއާއި ޚިލާފަށް ކޮންމެ ރެއެއްގައި ވާ ދުޢާ ޢިޖާބަވުނުގެ ވަގުތު އެއަށްވުރެ ދިގެވެ. އަދި މިކަން އެނގެނީ މިއަށް ދޭހަވާ ޙަދިޘް ތަކުންނެވެ.

އަލްބުޚާރީ އާއި މުސްލިމް އަބޫ ޚުރައިރާ އަރިހުން ރިވާކުރެއްވި ޙަދީޘް ގައިވެއެވެ:

( فِيهِ سَاعَةٌ لا يُوَافِقُهَا عَبْدٌ مُسْلِمٌ وَهُوَ قَائِمٌ يُصَلِّي يَسْأَلُ اللَّهَ تَعَالَى شَيْئًا إِلا أَعْطَاهُ إِيَّاهُ . وَأَشَارَ بِيَدِهِ يُقَلِّلُهَا )

”އޭގައި ސާޢަތެއް ވެއެވެ. اللّٰه تَعَالَى ހަޟުރަތުގައި އެއްޗަކަށް އެދިއްޖެނަމަ އެކަންފުއްދަވައި ދެއްވާނޭ ގޮތުގައި މެނުވީ މުސްލިމު އަޅަކު ނަމާދުގައި ގާއިމުވެ ހުރެ އެވަޤުތާއި ބައްދަލެއް ނުވާނެއެވެ.“

ދެން އެކަލޭގެފާނުގެ އަތްޕުޅުން އެވަޤުތުގެ ކުރުކަން އިޝާރާތް ކުރެއްވިއެވެ.“
رواه البخاري ( 893 ) ومسلم ( 852 ) 

ޝެއިޚް މުޙައްމަދު ބުނު ޢައްލާން އައްޞިއްދީޤީ ވިދާޅުވިއެވެ: އެބަހީ: އެއަކީ ހިނދުކޮޅެއް، އަދި ތުނި އަދި ލުއި އެތިކޮޅެއް ކަމުގައި ބަޔާން ކުރެއްވިކަމެވެ.

އަދި މުސްލިމްގެ ރިވާޔަތުގައި އިތުރަށް ވެއެވެ: ( وهي ساعة خفيفة ) ”އެއީ ވަރަށް ލުއި (އެބަހީ: މަދު) ސާޢަތެކެވެ.


ދުވަސް ބެހިގެން ވަނީ 12 ސާޢަތަކަށެވެ:

އަލްޢުލްވާން ވިދާޅުވި އެވެ: އަބޫ ދާވޫދު އާއި އައްނަސާއީ ރިވާކުރައްވައި އަލްޙާކިމް ޞައްޙަ ކުރެއްވި، ޢަމްރު ބުނުލް ޙާރިޘްގެ މަގުން، އަލްޖަލާޙް ފުށުން، އަބޫ ސަލަމާ ފުށުން، ޖާބިރް ބުނު ޢަބްދު اللّٰه ވިދާޅުވިކަމަށް: ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ:
 ‏"‏ يَوْمُ الْجُمُعَةِ ثِنْتَا عَشْرَةَ ‏"‏ ‏.‏ يُرِيدُ سَاعَةً ‏"‏ لاَ يُوجَدُ مُسْلِمٌ يَسْأَلُ اللَّهَ عَزَّ وَجَلَّ شَيْئًا إِلاَّ آتَاهُ اللَّهُ عَزَّ وَجَلَّ فَالْتَمِسُوهَا آخِرَ سَاعَةٍ بَعْدَ الْعَصْرِ ‏"‏ ‏

”ހުކުރު ދުވަހަކީ ބާރަ ސާއަތެކެވެ. اللّٰه عَزَّ وَجَلَّ އެކަމެއް ފުއްދަވައި ދެއްވާ ގޮތުގައި މެނުވީ، މުސްލިމަކު اللّٰه عَزَّ وَجَلَّ ކަމަކަށް އެދި ނުދަންވާނެތެވެ. އެހެންކަމުން
ޢަޞްރުގެ ފަހުން ވާ އެންމެ ފަހު ސާޢަތުގައި އެ ހޯދައިގަނާށެވެ.“



ފަތުޙުލް ބާރީ ގައި އަލްޙާފިޡް އިބްނު ޙަޖަރު ވިދާޅުވި އެވެ: އޭގެ ސަނަދު ޙަސަން އެވެ.“ (އަލްޢުލްވާންގެ ބަސްކޮޅު މިހިސާބަށް ނިމުނީ)

އެހެންކަމުން ޖާބިރު ގެ ޙަދީޘް އިން، ދުވާލު ބެހިގެން ވަނީ 12 ސާޢަތަށް ކަމަށް އެނގެއެވެ.

އަދި މިޙަދީޘް ގެ މުރާދަކީ، ހުކުރު ދުވަހުގެ ދުވާލު – ފަޖުރުން ފެށިގެން އިރު އޮއްސުމަށް — ބެހިގެން ވަނީ 12 ބަޔަށް ކަމެވެ. އޭގެ ތެރެއިން އެއް ބަޔަކީ (އެންމެ ފަހު ބަޔަކީ) އެއެއްގައި ދުޢާ ޢިޖާބަވަނިވި ސާޢަތެވެ.

އަދި އެނގިގެންވާ ފަދައިން އެކި މޫސުމާއި ތަނަށް މިވަޤުތު ކުރުވެ ދިގުވެއެވެ. އެއީ ދުވާލު ކުރުވެ ދިގުލާ ވަރަކަށެވެ.

އިތުރު ތަފްޞީލަށް: https://islamqa.info/ar/answers/140286

Читать полностью…

Galandān ގަލަންދާނު

ހުކުރު ދުވަހުގެ ދުޢާ ޢިޖާބަވަނިވި ވަޤުތަކީ ކޮބާ؟

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ خَيْرُ يَوْمٍ طَلَعَتْ فِيهِ الشَّمْسُ يَوْمُ الْجُمُعَةِ فِيهِ خُلِقَ آدَمُ وَفِيهِ أُدْخِلَ الْجَنَّةَ وَفِيهِ أُهْبِطَ مِنْهَا وَفِيهِ سَاعَةٌ لاَ يُوَافِقُهَا عَبْدٌ مُسْلِمٌ يُصَلِّي فَيَسْأَلُ اللَّهَ فِيهَا شَيْئًا إِلاَّ أَعْطَاهُ إِيَّاهُ ‏"‏

އަބޫ ހުރައިރާ އަރިހުން އައްތިރުމިޛީ ރިވާކުރެއްވި އެވެ: ރަސޫލު اللّٰه ﷺ ޙަދީޘް ކުރެއްވި އެވެ: ”އިރު އެދުވަހެއްގެ މައްޗަށް އެރި އެންމެ ހެޔޮވެގެންވާ ދުވަހަކީ ހުކުރު ދުވަހެވެ. ޢާދަމް ޚަލްޤު ކުރެއްވުނީ އެދުވަހުއެވެ. އަދި އެކަލޭގެފާނުގެ ޖަންނަތަށް ވެއްދެވުނީ އެދުވަހުއެވެ. އަދި އޭގެން (ބިމަށް) ބޭލެއްވުނީވެސް އެދުވަހުގައެވެ. އަދި އޭގައިވާ ސާޢަތެއް (އެބަހީ: ވަޤުތެއް) ވެއެވެ. اللّٰه ހަޟުރަތުގައި އެއްޗަކަށް އެދިއްޖެނަމަ އެކަންފުއްދަވައި ދެއްވާނޭ ގޮތުގައި މެނުވީ މުސްލިމު އަޅަކު ނަމާދު ގައި ހުރެ އެވަޤުތާއި ބައްދަލެއް ނުވާނެއެވެ.“

އަބޫ ހުރައިރާ ވިދާޅުވި އެވެ: ޢަބްދު اللّٰه ބުނު ސަލާމް އާއި ބައްދަލު ވެގެން މިޙަދީޘް ޛިކުރު ކުރުމުން ވިދާޅުވެއްޖެއެވެ: ”ތިމަންކަލޭގެފާނަށް އެސާޢަތެއް އެނގެއެވެ.“ އަހަރެން ދަންނަވައިފީމެވެ: ”ތިކަމުގައި ދަހިވެތި ނުވެ އަހަރެންނަށް ކިޔައިދޭށެވެ.“ ވިދާޅުވިއެވެ: ”އެއީ ޢަޞްރުގެ ފަހުން ފެށިގެން ގޮސް އިރުއޮއްސުމާއި ހަމައަށެވެ.“

އެހެންކަމުން އަހަރެން ދަންނަވައިފީމެވެ: ”(އެވަޤުތެއް) ޢަޞުރު ފަހުން ވާނީ ފަހެ ކިހިނަކުން ހެއްޔެވެ؟ ފަހެ ރަސޫލު اللّٰه ﷺ ވަނީ ޙަދީޘް ކުރައްވާފައެވެ: "‏ لاَ يُوَافِقُهَا عَبْدٌ مَسْلِمٌ وَهُوَ يُصَلِّي ‏"‏...މުސްލިމު އަޅަކު "ޞަލާތު" ގައި ހުރެ އެވަޤުތާއި ބައްދަލެއް ނުވާނެއޭ...“ (އައްޞަލާތު، ޢާންމުގޮތެއްގައި ބުނެވެނީ ނަމާދަށެވެ.) އަދި ތިޔަ ވަޤުތަކީ (އެބަހީ: ޢަޞުރު ފަހަކީ) އޭގައި ނަމާދުކުރުން ނުވާ ވަޤުތެކެވެ.“ ދެން ޢަބްދު اللّٰه ބުނު ސަލާމް ދަންނަވައި ފިއެވެ: ”ރަސޫލު اللّٰه ﷺ ޙަދީޘް ކުރައްވާފައިވެއެވެ: (مَنْ جَلَسَ مَجْلِسًا يَنْتَظِرُ الصَّلاَةَ فَهُوَ فِي صَلاَةٍ) ޞަލާތައް އިންތިޒާރު ކުރުމުގައި އިށީނދެ ހުރެއްޖެ މީހާ އެހެރީ ޞަލާތުގައެވެ.“

އަހަރެން ދަންނަ ވައިފީމެވެ: ”އާދޭހެވެ.“ ވިދާޅުވި އެވެ: ”އެއީ އެކަމެވެ.“

އަބޫ ޢީސާ (އައްތިރުމިޛީ) ވިދާޅުވިއެވެ: މި ޙަދީޘް "ޙަސަން ޞަޙީޙް” އެވެ.



އަބޫ ދާވޫދު، ޢަބްދު اللّٰه ބުނު ސަލާމް އަރިހުން ރިވާކުރެއްވި އެވެ: ...އަހަރެން (ރަސޫލު اللّٰه ﷺ އަރިހު) ދެންނެވިމެވެ: ”އެ ސާޢަތަކި ކޮބައިތޯއެވެ؟“ ޙަދީޘް ކުރެއްވިއެވެ: ‏"‏ هِيَ آخِرُ سَاعَةٍ مِنْ سَاعَاتِ النَّهَارِ ‏"‏ ”އެއީ ދުވާލުގެ ސާޢަތް ތަކުގެ ތެރެއިން އެންމެ ފަހު ސާޢަތެވެ.“

އަހަރެން ދަންނަވައިފީމެވެ: ”އެއަކީ ނަމާދު (އައްޞަލާތު) އަދާ ކުރުމުގެ ވަޤުތެއް ނޫން (ތޯއެވެ؟)“ ޙަދީޘް ކުރެއްވި އެވެ: ‏"‏ بَلَى إِنَّ الْعَبْدَ الْمُؤْمِنَ إِذَا صَلَّى ثُمَّ جَلَسَ لاَ يَحْبِسُهُ إِلاَّ الصَّلاَةُ فَهُوَ فِي صَلاَةٍ ‏"‏ ‏”އާދޭހެވެ. ހަމަކަށަވަރުން މުއުމިނު އަޅަކު ނަމާދުކޮށް އަވަދިވެގެން، ދެން އިށީދެއްޖެނަމަ، އަދި އޭނާ ހިފެހެއްޓިފައި އެހެރީ ނަމާދު ނޫން، އެނޫން އެއްވެސް އެއްޗަކަށް ކަމުގައި ނުވަނީނަމަ، ފަހެ އެހިނދު އޭނާ އެހެރީ ހަމަ ނަމާދު ގައެވެ.“


އަލްޢުލްވާން ވިދާޅުވި އެވެ: ”މިއީ އިބްނު މާޖާ، އަބުއް ނަޠްރު ގެ މަގުން، އަބޫ ސަލަމާ ފުށުން ޢަބްދު اللّٰه ބުނު ސަލާމް ފުށުން ނަބިއްޔާ ﷺ އަރިހުން ރިވާކުރެއްވި ޙަދީޘެކެވެ. އަދި އޭގެ އެންމެހާ ރާވީންނަކީ އިތުބާރުވެވިގެންވާ ބޭފުޅުން ތެރެއިން ވާ ބޭކާލުންނެވެ.“

Читать полностью…

Galandān ގަލަންދާނު

އަދި އަލްޙަމްޒާ ބުނު ޢަބްދުލް މުއްޠަލިބު رضي الله عنه ގެ އިސްލާމްވުން ވީ، ފުރަތަމަ ކަމަކަށް އެކަލޭގެފާނުގެ އަޚުގެ ދަރިފުޅަށް ނަޞްރުވެރި ވުމަށް ޓަކައެވެ. އެއީ ރަސޫލުކަމުގެ ހަވަނަ އަހަރުގައެވެ. އެއީ އަބޫ ޖަހުލު އިތުރު އެކަލޭގެފާނަށް ހަމަލާ ދިނުމުންނެވެ.

އިބްނު އިސްޙާޤު [3] ވިދާޅުވިއެވެ: الله ގެ ރަސޫލާ ﷺ ޞަފާ ފަރުބަދައިގައި ހުންނަވަނިކޮށް އަބޫ ޖަހުލަށް އާދެވުނެވެ. އެހެންކަމުން ދުއްތުރާކޮށް އުދަގޫކުރިއެވެ. އަދި ރަސޫލު الله ހަނު ހުންނެވިއެވެ. ދެން އެތަނުން ތެދުވެޑައިގެން މިސްކިތައް (ޙަރަމްފުޅަށް) ވަދެވަޑައިގެންނެވިއެވެ. ޞަފާ ފަރުބަދައިގެ ގާތުގައި ހުރި ޢަބްދު ﷲ ބުނު ޖަދްޢާންގެ މިނިވަން ކުރެވިފައިވާ އަޅު އަންހެނެއް އަބޫ ޖަހުލު ގޮވި ފުރައްސާރަތައް އަޑުއިވުނެވެ... އެހެންކަމުން ޙަމްޒާ ގާތު އަބޫ ޖަހުލު ގެ ފުށުން އަޑުއެހި ތަކެތި ކިޔައިދިނެވެ. ދެން ކޯފާ އިސްކުރައްވައި މިސްކިތައް ވަދެ ވަޑައިގެންނެވިއެވެ. އަދި އަބޫ ޖަހުލު ހުރީ އޭނާގެ ޤަބީލާގެ ބަޔަކާއިއެކު އިށީނދެއެވެ. ޙަމްޒާ އެވެރިންނާއި މިޚާޠަބު ކުރެއްވިއެވެ: ކަލޭމެން އަހަރެންގެ އަޚާގެ ދަރިފުޅަށް ފުރައްސާރަކުރަނީ އަހަރެން އެކަލޭގެފާނުގެ ދީން މަތީގައި ވަނިކޮށް ހެއްޔެވެ! އަދި ދުނިދަނޑިން އެތިފަހަރެއް ޖެއްސެވިއެވެ. އަދި ހާނިކަވިއެވެ. އެހެންކަމުން ބަނީ މަޚްޒޫމްގެ މީހުން އަބޫ ޖަހުލަށް ވާގިވެރިވުމަށް ޙަމްޒާ އާއި ކުރިމަތިލިއެވެ. އަބޫ ޖަހުލު ބުންޏެވެ: އަބޫ ޢުމާރާ އާއި އަޅާ ނުލާށެވެ. އެހެނީ އަހަރެން ، ﷲ ގަންދީ ބުނަމެވެ. އޭނާގެ އަޚުގެ ދަރިއަށް ނުބައިކަން ބޮޑު ފުރައްސާރައަކުން ފުރައްސާރަކުރީމެވެ. އެހެންކަމުން ﷲގެ ރަސޫލަށް ބާރެއް ލިބިއްޖެކަން ޤުރައިޝުންނަށް އެގުނެވެ. އަދި އެކަމުން މަނާވެގަތެވެ... އަދި އެއުރެން އެކަލޭގެފާނަށް ކުރަމުން ގެންދިޔަ ބަޔެއް ދުއްތުރާތައް ކުރުން ހުއްޓިއެވެ.
 
ހަމަކަށަވަރުން ގާތްތިމާގެ ކަމުގެ ގުޅުމުގެ ބާރުން ކުރުވި އަޘަރާއި، ލޭގެ ގުޅުމުގެ ޢަޞަބިއްޔަތަކީ ޙަމްޒާ رضي الله عنه ގެ އިސްލާމް ވުމުގެ ސަބަބެކެވެ. ... އަދި އަބޫ ޠާލިބު، ﷲ ގެ ރަސޫލު ޙިމާޔަތް ކުރުމާއި، އަދި ބަނީ ހާޝިމް އާއި ބަނީ އަލްމުއްޠަލިބު އިތުރު އެކަލޭގެފާނަށް ނަޞްރުވެރިވުމަށް ގޮވާލުން ވަނީ ހަމަ މިކަމުގެ ތެރެއިންނެވެ. އަދި އައްޝިޢުބު ގައި، ބަނީ ހާޝިމްގެ މުއުމިނުންނާއި ކާފަރުން ޙިޞާރު ކުރެވި، "އަދި (މުއުމިނުން) ޤަތުލު ކުރެވުމަށް ހަވާލު ނުކުރާހާ ހިނދަކު، ބަނީ ހާޝިމް ފަރާތުން ސުލްޙައެއް ދުވަހަކުވެސް ޤަބޫލު ނުކުރުމަށާއި، އަދި ހަމްދަރުދީ ނުވުމަށް" ބުނެވި، ޝިޢުބު އަބީ ޠާލިބުގައި އެވެރިން ތިން އަހަރު ހޭދަކުރިއެވެ. [4]

ހަމަކަށަވަރުން، ޤަބީލާގެ ގުޅުން، ދަޢުވަތު ފެތުރުމަށް، އިސްލާމް ދީނަށް ފައިދާތަކެއް ކުރުވިއެވެ. އަދި ކަނުކޮށް ތަބައުވަނިވި ހައްދުފަހަނައެޅި މުޖްތަމަޢުއެއްގައި ރައްކައުތެރިކަމުގެ ނިވަލަކަށް އެބޭނުން ކުރުމުގެ މަނައެއް ނެތެވެ.

އަދި އަބޫ ޠާލިބު ގެ އައްލާމިއްޔާ ޤަޞީދާ ގައި، ﷲ ގެ ރަސޫލަށް ޙމާޔަތް ދެއްވައި ޅެން ވެއެވެ [5]. އަދި ޢަޤީދާގެ ޚިލާފަށްވިޔަސް ޢަޞަބިއްޔަތުގެ ވަރުގަދަކަން ވެއެވެ:



ނުނިމޭ

Читать полностью…

Galandān ގަލަންދާނު

އިސްލާމް ދީން، ޤަބީލާ ވަންތަ ޢަޞަބިއްޔަތު އިޞްލާހުކުރީ ކިހިނަކުންހެއްޔެވެ؟ އެ ކަނޑުވާލުމަށް މަސައްކަތް ކުރީ ކިހިނަކުންހެއްޔެވެ؟ އަދި ހަމަ މިއިން ފޯދޭ މުހިއްމު ސުވާލަކީ، އަމިއްލަޔަށް ގޮތް ނިންމުމަށް ބަލިކަށިވެފައިވާ ފަރުދެއް، ޤަބީލާގެ ހައްދުފަހަނައަށް ވެވޭ އަޅުވެތިކަމުން އޭނާ ސަލާމަތްވުމުގެ ބާރުހޯދާނީ ފަހެ ކިހިނަކުން ހެއްޔެވެ؟

ތެދެކެވެ. މީހަކަށް ރައްކާތެރިކަމެއް އަދި ގަރާރުވެހުރުމެއްވެސް ޤަބީލާގެ ހިޔަލުގައި މެނުވީ ނުވެއެވެ. އެހެނީ އެއީ ނިޒާމަކާއި ޢަދުލެއްނެތް ސަހަރާއެއްގައިވާ އިތުބާރުވެވެނިވި އިޖުތިމާޢީ ބިނާއެވެ. އަދިއަމަން އަމާންކަން ރައްކައުތެރިކުރެވިނިވި ބާރެވެ.

އެހެނަސް މިއީ އެފަރުދެއްގެ ބުއްދި އެއްލާލައި ޤަބީލާގެ ނިންމުމާއި އޭގެ ޖައްބާރުވަންތަކަމާއި އެއްގޮތަށް، ކަނުބަނދެވި ދަތުރުކުރުމަށް ފުދިގެންވާ ޖަވާބެއް ނޫނެވެ.

އަސަބިއްޔަތީ ކަނު އަނދިރިޔަށް ވުރެ މާބޮޑަށް "ކަނު އެއްޗެކޭ"
އަސަބިއްޔަތީ ކުލަޔާ ވަހާ އިޙުސާސުވުން ނެތް މަސްތެކޭ*

ވަކިން ޚާއްޞަކޮށް އިހުގެ ޤަބީލާތަކުގެ ވާހަކަ ތައް ކިޔާލުމުން، ޤަބީލާ ވަންތަކަމުގެ ރޫޙުގެ ބާރު އަހަރެމެންނަށް އިހުސާސްވެއެވެ. އެއީ އަޅުކަންވެވި ކިޔަމަންގަނެވޭ އެއްޗެކެވެ.

އިސްލާމް ކަމުގެ ފެށުމުގައި، ޤަބީލާ ވަންތަ ކަމުގެ ރޫޙާއި، ކާބަފައިކަމުގެ ޝަރަފު، ޢަޖައިބުވަނިވި އަޘަރެއް ކުރުވާފައިވެއެވެ. އޭގެ ސަބަބުން ޤުރައިޝީ ޤަބީލާ އާއި ޢަރަބި ޤަބީލާތައް ބޮޑާވެރި ކަމުގެ މައްޗަށް ބޮޑާވެރިވެ ޙައްޤާއި ދެކޮޅަށް ތިއްބެވެ.



(ނުނިމޭ)

Читать полностью…

Galandān ގަލަންދާނު

/channel/GalandhaanRoadha

Читать полностью…
Subscribe to a channel