ހިއްވަރުކޮށްލާ...
އަބޫ ހުރައިރާ رضى الله عنه އަރިހުން، ދެޝެއިޚުން ރިވާކުރެއްވިއެވެ:
”ނަބިއްޔު صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ:
«مَنْ قَامَ لَيْلَةَ الْقَدْرِ إِيْمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ»
”އީމާންކަމާއި އެކު، ދަރުމައާއި ޘަވާބަށް އެދި، ލައިލަތުލް ޤަދްރި ވިލޭރޭ ރޭއަޅުކަން އަދާކޮށްފި ކޮންމެ މީހަކަށް، އެމީހެއްގެ އިސްވެދިޔަ އެންމެހައި ފާފަތަކެއް ފުއްސެވިއްޖެއެވެ.“
(އަލްބުޚާރީ އަދި މުސްލިމް)
~ ގަލަންދާނު
އިސްތިޣްފާރު އިތުރުކުރޭ!
”....މައިންބަފައިންނަށް ޓަކައި އިސްތިޣްފާރު ކުރުމަކީ ވަފާތެރި ވުމުގެ ތެރެއިންވާ ކަމެކެވެ. އަދި ﷲ ވަފާތެރިން ދެކެ ލޯބިވެ ވޮޑިގެންވެ އެވެ. އަދި ތިބާ މައިންބަފައިންނަށް ރަޙުމްކުރެއްވުމަށް އެދި ދުޢާ ކުރާނަމަ، މިއީ އަލް-ބިއްރު، އެބަހީ، ކިޔަމަންގަތުމުގެ ތެރެއިންވާ ކަމެކެވެ. އަދި އަލް-ބިއްރަކީ ޖަންނަތަށް މަގުދައްކާ އެއްޗެކެވެ.
އެހެންކަމުން މިރޭތަކުގައި ކުރެވޭ މަތިވެރި ކަންކަމުގެ ތެރޭގައި ތިބާގެ އަމިއްލަ ނަފުސަށާއި މައިންބަފައިންނަށް، އަދި މުސްލިމުތަކުންނަށް އިސްތިޣްފާރު ކުރުން ހިމެނެއެވެ. އެހެނީ (މުސްލިމުތަކުންގެ) މަރުވެފައިވާ މީހުންނާއި ދިރިތިބީންނަށް ތިބާ އިސްތިޣްފާރު ކުރަނީ ނަމަ ﷲ އެއިން ކޮންމެ މީހަކަށް ޙަސަނާ އެއް ތިބާއަށް ލައްވަވައެވެ. އެހެނީ ތިބާތީ މުޙްސިން ނެކެވެ. އަދި ތިބާގެ މުސްލިމު އަޚުންނަށް ތެދުވެރި މީހެކެވެ. ވީމާ އިސްތިޣްފާރު ގިނަގުނަ ކުރާށެވެ...“
— އަހަރެމެންގެ ލޮބުވެތި ޝައިޚް، އަލްމުޙައްދިޘް ޑރ. މާހިރް ޔާސީން އަލްފަޙްލު (حفظه الله) ގެ ރަމަޟާންގެ ފަހު ދިހައެއްގެ ވަޞިއްޔަތުގެތެރެއިން.
~ ގަލަންދާނު
#Archives | May 25, 2019
”ތަރާވީޙް ސުންނަތްވެގެންވަނީ ޢިޝާނަމާދާއި ވިދިގެންނެވެ.“
https://telegra.ph/Tarawees-Sunnai-vegenvanee-04-05
📚 ތަރާވީހު ނޫނީ ދަމުނަމާދުގައި މުޞްޙަފު ހިފަހައްޓައިގެން ކިޔެވުމުގެ ޙުކުމް އަދި އެހިފަހައްޓަން ޖެހޭގޮތް
އިމާމް އަލް ބުޚަރީ އެކަލޭގެފާނުގެ ޞަޙީޙް ގައި ވިދާޅުވިއެވެ:
"ބާބު: އަޅެއް އަދި މިނިވަން ކުރެވިފައިވާ އަޅެއް އިމާމު ވުން: ޢާއިޝާ އެކަމަނާގެ އަޅު ޛަކްވާން މުޞްޙަފާއިގެން އިމާމުކުރެއްވެވިއެވެ..."(1)
އަދި މިއީ ސަނަދާއި ނުލައިވާ މުޢައްލަޤް ރިވާޔަތެކެވެ.
އެހެނަސް އިބްނު އަބޫ ދާވޫދު އެކަލޭގެފާނުގެ ފޮތް "އަލްމުޞާޙިފް" (2 / 657) ގައި މީގެ ސަނަދު ފުރިހަމަޔަށް ގެންނެވިއެވެ. (2)
އިބްނު ޙަޖަރު "ތަޣްލީޤް" ގައި ފުރިހަމަ ރިވާޔަތްތައް ގެންނެވުމަށްފަހު ވިދާޅުވިއެވެ: "އެއީ ޞައްޙަ އަޘަރެކެވެ."(3)
އިބްނު އަބީ ދާވޫދުގެ ރިވާޔަތާއި މެދު އަލްޢުލްވާން ވިދާޅުވިއެވެ: "އޭގެ ސަނަދު ޞައްޙައެވެ."
އަދި އިބްނު އަބީ ޝައިބާ އާއި އިބްނު އަބީ ދާވޫދުގެ އެހެންރިވާޔަތެއްގައި އިތުރަށް ވެއެވެ: "...(އެއީ) ރަމަޟާން މަހުގައެވެ."(4)
ޢިލްމުވެރިން ތެރެއިން ބޮޑު ބައިގަނޑެއްގެ ނަޒަރުގައި ސުންނަތް ނަމާދުތަކުގައި މުޞްޙަފު ހިފައިގެން ކިޔުން ހުއްދައެވެ. ފަރުޟު ނަމާދުގައި މިކަމުގެ ޙުކުމާއިމެދު ޚިލާފުވިއެވެ. އަދި އަހަރެމެންގެ މިލުޔުމުގެ ނުކުތާއަކީ ރަމަޟާން މަހުގެ ތަރާވީޙެވެ. އެހެންކަމުން މިނުކުތާއަށް ކުރުކޮށްލަމެވެ.
މުޞްޙަފް ހިފަހައްޓާނެ ގޮތް
ނަމާދުގައި މުޞްޙަފު ހިފަހައްޓާނޭ ގޮތެއް އިހު ބަޔާން ވެވުނު އެއްވެސް ރިވާޔަތެއްގައި އައިސްފައިނުވެއެވެ. ފަހުގެ ޢިލްމިވެރިންކުރެ މިކަމަށް ފަތުވާ ދެއްވި ބަޔެއް ޢިލްްމުވެރިން، އެއް އަތުން ހިފެހެއްޓޭނަމަ ހިފަހައްޓައިގެން ކިޔުމަށް އެހެން ނޫނީ ދެއަތުން ވެސް ހުއްދަކަމަށް ވިދާޅުވެއެވެ. އަދި ބަޔެއް ޠުއްލާބުން ކަނާއަތް އަތްތިލައިން ހިފަހައްޓައިގެން ހުރެ މޭމައްޗަށް ދެއަތް ގާތްކޮށް ހަށަން ބަނުމަށް ވިދާޅުވެއެވެ.
އަހަރެން ބުނަމެވެ: މިއީ އެބޭފުޅުންގެ އިޖުތިހާދެވެ. އަދި އަޞްލަކީ މުޞްޙަފު ހިފުމެވެ. އަދި މިކަމުގެ އިޚްތިޔާރު ތަނަވަސްވެގެންވެއެވެ. އަދި އެއް އަތުން ހަށަން ބަނދެ އަނެއް އަތުން މުޞްޙަފުގައި ހިފުމަކީ ލާޒިމުކަމެއް ނޫނެވެ.
މިއީ ސަބަބު ތަކަކަށްަޓަކައެވެ:
1. ހަށަން ބަނުމުގެ އަޞްލަކީ ވާތްމަތީ ކަނާތް ބޭއްވުމެވެ. އަދި ކަނާތު އަތްތިލައިން ވާތު އަތްތަނޑީގައި ހިފުމެވެ. އަދި ކަނާތު އަތްތިލައިން މުޞްޙަފު ހިފައި އަތްދަނޑި ގާތްކުރިޔަސް މިކަމެއް (ހަށަންބަނުމެއް) ފުރިހަމަޔެއް ނުވާނެއެވެ.
2. އެފަދައިން ފަތުވާ ދެއްވި ބޭފުޅުންގެ ނަޒަރުގައި ހަށަން ބަނުން ވަނީ މޭމަތީގައެވެ. އެހެންކަމުން އެހިސާބުގައި މުޞްޙަފު ހިފެހެއްޓިފައިވާނަމަ، ކިޔުމަށް އުދަގުލެއްނުވާނެއެވެ. އެހެނަސް މޭމަތީ ހަށަން ބަނުމުގެ ރިވާޔަތަކީ އޭގައި ޚިލާފުވާއެއްޗެކެވެ. އަދި ޖުމްހޫރު މަޒުހަބުތަކުގެ ރައުޔަކީ ފޫޅުން މައްޗެވެ. ނޫނީ އޭގެ ކުޑަތަންކޮޅެއް ތިރިއެވެ. އަދި އިމާމް އަޙުމަދު މޭމަތީ ބެންނެވުމަށް ނުރުއްސެވިއެވެ. މިއީ މިވަޤުތުގެ މައުޟޫކަމުގައި ނުވުމުން ކުރުކޮށްލަމެވެ.
ނުކުތާ އަކީ: މޭމަތީ ހަށަން ނުބައްނަ މީހަކަށް މުޞްޙަފު އެހެންޏާ ބަނޑުމަތީ ނޫނީ ފޫޅުންމަތީ ނުވަތަ އެހިސާބުގައި ބަހައްޓައިގެން ކިޔުމަކީ ނުކުޅަދާނަކަމެވެ. އަދި ވަކިން ޚާއްޞަކޮށް މުޞްޙަފު ހިފަން ޖެހޭނީ ޙަށަން ބަންނަގޮތަަށް އަތް ބައިންދައިގެން ކަމަށް އެއްވެސް އެއްޗެއް ވާރިދުވެފައިނުވާތީއެވެ.
3. ވާތް މަތީ ކަނާއަތް ބޭއްވުމަކީ މުއައްކަދާ-ނޫން ސުންނަތެކެވެ. އަދި މިއީ ގަސްތުގައި ދޫކޮށްލިޔަސް ނަމާދު ބާޠިލު ނުވާ ސުންނަތުގެ ތެރެއިންވާ ކަންކަމެވެ. (ހަންބަލީން ނަމާދު ބާޠިލުވާ "މުއައްކަދާ ސުންނަތް" ތަކަށް ކިޔަނީ "ވާޖިބު" ތަކޭ، އެއީ މިސާލަކަށް ފުރަތަމަ އައްތަހިއްޔާތާއި ރުކޫޢު ސަޖިދައިގެ ތަސްބީޙަ ތަކެވެ.)
"އެހެންކަމުން އަލްމުޢައްކަދާ ނޫން ސުންނަތްތައް، މިޘާލަކަށް، ހަށަންބަންނަ ތަކުބީރަށް އަތް އުފުލުން، އަދި ޤިޔާމްވެ ހުންނައިރު ވާތްމަތީ ކަނާއަތް ބޭއްވުން، އަދި ދުޢާއުލް އިސްތިފްތާޙު އަދި މިފަދަ ކަންކަމީ، ގަސްތުގައި ދޫކޮށްލިޔަސް އެންމެ ބޭފުޅުން ގާތުވެސް ނަމާދު ބާޠިލުނުވާ ކަންކަމެވެ. (މުއައްކަދާ ނޫން ސުންނަތްތައް) ޛިކުރު ކުރެއްވުމަށްފަހު އިބްނު ޤުދާމާ "އަލްމުޣްނީ" ގައި ވިދާޅުވިއެވެ: "މި އެންމެހާ ސުންނަތް ތަކެއްގެ ޙުކުމަކީ، ގަސްތުގައިވިޔަސް ހަނދާންނެތިގެން ވިޔަސް މިދޫކޮށްލުމުން ނަމާދު ބާޠިލުނުވާނޭކަމެވެ."(5)
1/2
__
(1) فتح الباري شرح صحيح البخاري 2/216
(2) އަދި ޢަބްދުއްރައްޒާޤް ވެސް އެކަލޭގެފާނުގެ ފޮތް "އަލްމުޞައްނަފް" ގެ "ބާބު: އަޅެއް އިމާމުވުން" ދަށުން މިރިވާޔަތް ސަނަދާއިއެކު ގެންނަވައި "ޙަސަން" ކަމަށްވިދާޅުވިއެވެ. އަދި "ސުނަން އަލްކުބްރާ" ގައި އަލްބައިހަޤީ ސަނަދާއިއެކު ރިވާކުރައްވައި ޙަސަން ދަރަޖަ ދެއްވިއެވެ. އަދި އައްޝާފިޢި ވެސް އެކަލޭގެފާނުގެ "މުސްނަދު" ގައި ސަނަދާއި އެކު ރިވާކުރެއްވިއެވެ.
(3) تغليق التعليق على صحيح البخاري - ج 2 ص290-291
(4) އިބްނު އަބީ ދާވޫދު ގެ އިތުރުން އިބްނު އަބީ ޝައިބާ 2/234
(5) އިސްލާމްވެބް ފަތުވާ ނަންބަރ 51686
📌 ވިތުރީގައި ޤުނޫތުކިޔުމުގެ ޞައްޙަ ކަމާއި ބެހޭގޮތުން ޚުލާސާ
"ވިތުރީގައި ޤުނޫތު ކިޔުން ނަބިއްޔާ ﷺ އަރިހިން ޘާބިތުނުވެއެވެ. ނަބިއްޔާ އަރިހުން ޙަދީޘްއެއް މިކަމުގައި ޢަމަލުން ކުރެއްވިކަމަށް ރިވާވެފައިނުވެއެވެ. އަދި މިކަމުގެ މައްޗަށް އެއް އިމާމަށްވުރެ ގިނަ ބޭފުޅުން ވާހަކަދައްކަވާފައިވެއެވެ. އަދި ނަބިއްޔާ ﷺ ވިތުރީގައި އެކިޔުއްވިކަމަށް ޘާބިތުވެގެން ނުވާ ކަމަށް އިމާމް އަޙްމަދު ވިދާޅުވިއެވެ. އަދި ހަމައެފަދައިން އިބްނި ޚުޒައިމާ ވެސް މިބާބުގައި ނަބިއްޔާ ﷺ އަރިހުން ސައްޙަ އެއްޗެއްރިވާވެފައިނުވާކަމަށްވިދާޅުވިއެވެ. އަދި މީގެ މައްޗަށް ޢަމަލުކުރުންވެސް ހަމަ އެފަދައެވެ. (ޞައްޙަ ނޫނެވެ.) އަލްޙަސަން އިބްނި ޢަލީ ގެ ޙަދީޘް އިމާމް އަޙްމަދު އަރިހުން އަދި އައްތިރުމިޛީ އަރިހުންވެސް ޢައިސްފައިވެއެވެ: އަލްޙަސަން އިބްނު ޢަލީ އަށް، ނަބިއްޔާ ﷺ "ވިތުރީގައި ކިޔުމަށް" ދުޢާ އެއް "اللَّهُمَّ اهْدِنِي فِيمَنْ هَدَيْتَ..." ދަސްކޮށްދެއްވިކަމަށް އޮތް ޙަދީޘްއެވެ. ބައެއްބޭފުޅުން މިއީ ވިތުރީގައި ގުނޫތުކިޔުމަށް އޮތް ދަލީލެއް ކަމުގައި ވިދާޅުވިއެވެ. އަހަރެމެން ބުނަމެވެ: މިރިވާޔަތުގައި "ގުނޫތުގައި" ކަމަށް އޮތް ބައި ޘާބިތެއް ނޫނެވެ. އެހެނީ އެ އައިސްފައިވަނީ ޔޫނުސް ބިން އަބޫ އިސްޙާޤް (ގެ މަގުން އައި) ރިވާޔަތުގައި ބުރައިދު ބުނު އަބީ މަރްޔަމް އަރިހުންނެވެ. އެހެނަސް މިކަމުގައި ޚިލާފުވެއެވެ. އެހެނީ ޝުޢައިބް ބުނު ޙައްޖާޖް ހަމަ ބުރައިދާ ބުނު މަރްޔަމް އަރިހުން (މި ޙަދީޘް) ރިވާކުރެއްވިއިރު އޭގައި "ޤުނޫތު"ގެ ވާހަކައެއް ޛިކުރެއްނުކުރައްވައެވެ. އަދި އެހެނަސް ބަޔާންވެފައިވަނީ ޢާންމު ދުޢާއެއްގޮތުގައި އެވެ. އެހެންކަމުން ވިތުރީގައި ކަމަށް މަޙްފޫޡު (ސާބިތު) އެއްނޫނެވެ. އެހެނަސް ބަޔެއް ޞަޙާބީންގެ އަރިހުން މިކަން އައިސްފައިވެއެވެ. އެބޭކަލުން ވިތުރީގައި ޤުނޫތު ކިޔުއްވައި އެއަށް އަމުރުކުރެއްވިކަމުގައެވެ. މިކަން ބައެއް ސަލަފުންގެ އަރިހުން އައިސްފައިވެއެވެ. އަދި ޢުމަރު ބުނު ޚައްޠާބް އާއި ޢަލީ ބިން އަބީ ޠާލިބްގެ އަރިހުންވެސް އެވެ. އަދި ޞަހާބީންގެ އަރިހުން މިޢަމަލުފުޅު ޢަތާއު ބިން އަބީ ރަބާހު ނަންގެންނެވިއެވެ. އެބޭކަލުން ޤުނޫތުކުރައްވާކަމަށެވެ. އެހެނަސް ވިތުރީގެ ޤުނޫތާއިމެދު ޚިލާފުވިއެވެ. ޤުނޫތު ކިޔުންވަނީ މުޅި ރަމަޟާން މަހަށް ހެއްޔެވެ؟ ނޫނީ އޭގެ (ދެބައިކޮށް) ފަހު ބައިގައި ހެއްޔެވެ؟ އައްޒުހުރީ އާއި ޢަބްދުލް ރައްޒާޤު އަރިހުން އައިސްފައިވޭ، އެބޭކަލުން ޤުނޫތު ނުކުރައްވާކަމަށް އެހެނަސް ރަމަޟާންމަހުގެ ފަހުބައިގައި މެނުވީއެވެ. އަދި މިއީ ޢަބްދުﷲ ބުނި މަސްޢޫދުގެ ޢަމަލުފުޅުންވެސް އައިސްފައިވާ ގޮތެވެ. އެހެންކަމުން ޤުނޫތުވަނީ ރަމަޟާންމަހުގެ އެންމެ ފަހުބައިގައެވެ. އަދި އިމާމް އަޙްމަދުގެ އަރިހުން މިކަމުގައި ރިވާޔަތްތަކެއް އައިސްފައިވެއެވެ. އެއްރިވާޔަތުގައި އެންމެ ފަހުބައިގައިކަމެވެ. އެހެން ރިވާޔަތެއްގައި މުޅި ރަމަޟާންކަމުގައެވެ. އަދި މީގައި އެންމެ ފާޅުކަންބޮޑީ، ޤުނޫތުވަނީ ރަމަޟާންމަހުގެ އެންމެ ފަހުބައިގައިކަމެވެ. ފުރަތަމަ ބައިގައެއްނޫންކަމެވެ. އެހެނީ ޞަޙާބީންގެ ޢަމަލުފުޅާއި ހަމައެފަދައިން ޚުލާފާއުއްރާޝިދީންގެ ޢަމަލުފުޅުވީ މިފަދައިންނެވެ..." (އައްޠަރީފީ ގެ ޖަވާބު މިހިސާބަށް)
އަދި މިއީ އިމާމް ޝާފިޢިގެވެސް ރައުޔެވެ. އެއީ އައްރައުޟާގައި އައްނަވަވީ ޛިކުރުކުރެއްވި ފަދައިންނެވެ. އަދި އިބްނު ސީރީން އާއި ޤަތާދާގެވެސް ރައުޔެވެ.
އަދި އަލްޙަސަން ބިން ޢަލީގެ ރިވާޔަތް "اللَّهُمَّ اهْدِنِي فِيمَنْ هَدَيْتَ..." އާއި ބެހޭގޮތުން އަލްޢުލްވާން ވިދާޅުވިއެވެ:
ސަނަދު ޖައްޔިދެވެ. (ރަނގަޅެވެ.) އެހެނަސް "ވިތުރީގެ ޤުނޫތުގަ" އޭ އޮތް ބައި ޝާޒް އެވެ. (އާދަޔާއި ޚިލާފު، އެބަހީ ބަލިކާށްޓެވެ.)
ދެން އެއަށްފަހު އެޙަދީޘް ގުނޫތުގެ ލަފުޒާއި ނުލައި، ބުރައިދާ އަރިހުން ގެންނެވި ޝުޢައިބް ބިން ހައްޖާޖް ، އަކީ ބުރައިދާ އަރިހުން ރިވާކުރެއްވި އެންމެހާ ބޭފުޅުން ތެރޭ އެންމެ އިތުބާރުކަން ބޮޑު ބޭފުޅާކަމަށް ބަޔާން ކުރައްވައި އެކަމަށް އިބްނު ޚުޒައިމާގެ ބަސްފުޅުގެންނެވިއެވެ. އެހެންކަމުން ގުނޫތު ނަންގަނެވުނު، ޔޫނުސް ބުނު އަބީ އިސްޙާޤު ގެ ރިވާޔަތް ކުރީގެ ރިވާޔަތް މައްޗަށް ބަލިކަށްޓެވެ.
ފައިދާއެއް:
މިދުޢާ ޝުޢްބާގެ ރިވާޔަތުގައި، އިމާމް އަޙަމަދު #1727 ރިވާކުރައްވާފައިވާ ގޮތަކީ:
اللَّهُمَّ اهْدِنِي فِيمَنْ هَدَيْتَ ، وَعَافِنِي فِيمَنْ عَافَيْتَ ، وَتَوَلَّنِي فِيمَنْ تَوَلَّيْتَ ، وَبَارِكْ لِي فِيمَا أَعْطَيْتَ ، وَقِنِي شَرَّ مَا قَضَيْتَ ، إِنَّكَ تَقْضِي وَلا يُقْضَى عَلَيْكَ ، إِنَّهُ لا يَذِلُّ مَنْ وَالَيْتَ، تَبَارَكْتَ رَبَّنَا وَتَعَالَيْتَ
ބައްލަވާ: الجامع الصحيح مما ليس في الصحيحين - ج 6 ޞ. 383
__________
ބައްލަވާ، އަލްޢަލްވާންގެ ބަސްފުޅު http://www.ahlalhdeeth.com/~ahl/vb/showthread.php?t=42619
އައްޠަރީފީގެ ސުވާލާއި ޖަވާބު
https://youtu.be/-TVzCnC1b0w
🔺 އުއްމީދު ކުރާށެވެ.
{قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَى أَنْفُسِهِمْ لا تَقْنَطُوا مِنْ رَحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعاً}
(ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެެވެ.)
❞ އޭ ފަހެ ފާފަވެރިޔާއެވެ — އަދި އަހަރެމެން ތެރެއިން ކޮންމެ އެކަކީ އޭގެތެރެއިންވާ މީހެކެވެ — ތިބާގެ ނުބައި ޢަމަލުތަކާ ހެދި، ﷲ ގެ ރަޙުމަތުން އުއްމީދު ކަނޑާ ނުލާށެވެ. އެހެނީ ފަހެ ތިބާފަދަ ކިތައް މީހުން މިދުވަސްތަކުގައި ނަރަކައިން މިންޖު ކުރެވޭ ހެއްޔެވެ؟ ވީމާ ތިބާގެ ވެރިފަރާތާއި މެދު ހެޔޮކޮށް ހީކުރާށެވެ. އަދި އެއިލާހަށް ތަޥްބާށެވެ. އެހެނީ އެކަން ﷲ ގެ މައްޗަށް ލެއްވެވުން ނެތި ނުދެއެވެ. އެހެނަސް ނެތިގޮސްފި ބަޔަކަށް މެނުވީއެވެ. (އެބަހީ މަރެވެ.)
(ޅެން)
إذا أوجعتك الذنوب فداوها ...
ފާފައިގެ ސަބަބުން އަޅާނަމަ ވޭން ބޭސްކުރާށި އެއަށް...
برفع يد في الليل والليل مظلم
ރޭނގަނޑު އަދި ދަންވަރުގެ އަނދިރީގައި އަތް އުފުލައިގެން ތިބާ
ولا تقنطن من رحمة الله إنما ...
ﷲގެ ރަހުމަތުން ނަމަނަމަ ނުކަނޑާށި އުއްމީދު ތިބާ، ހަމަކަށަވަރުން...
قنوطك منها من ذنوبك أعظم
އެއިން އުއްމީދުކެނޑުން ވަނީ މާސިންގާ ފާފައިގެ ތެރޭން ތިބާ
فرحمته للمحسنين كرامة ...
އެހެނީ (ހެޔޮ ޢަމަލުގެ) މުޙްސިނުންނަށް އެއިލާހުގެ ރަޙުމަތަކަށް ވަނީ ކަރާމަތޭ (އެބަހީ: ޢިއްޒަތް ކުރެއްވުމޭ)...
ورحمته للمذنبين تكرم
އަދި ފަހެ ފާފަވެރިންނަށް އެއިލާހުގެ ރަޙުމަތަކަށް ވަނީ تَكَرَّم އޭ (އެބަހީ: ދީލަތިވެލެއްވުމޭ — ތަޥްބާލައްވަވައި) ❝
— އިބްނު ރަޖަބް އަލްޙަންބަލީ (رحمه الله)
މަޞްދަރު: ލަޠާއިފުލް މަޢާރިފި ޞ. 375
~ ގަލަންދާނު
ފައިދާއެއް:
ނަބިއްޔު ﷺ ނިދިން ތެދުވެވަޑައިގަންނަވާ ހިނދު ވިދާޅުވެއެވެ:
الحَمْدُ لِلهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُورُ
"އެންމެހާ ޙަމްދު ތަޢުރީފެއް ޙައްޤުވެގެންވަނި ﷲ އަށެވެ. އެއީ އަޅަމެން މަރުގެންނެވުމަށްފަހު، އަޅަމެންނަށް ދިރުންދެއްވި އިލާހެވެ. އަދި (ކަށްވަޅުތަކުން) ތެދުކުރެވި އެއްކުރެވޭހުށީ އެއިލާހުގެ ޙަޟްރަތަށެވެ."
ރިވާކުރެއްވި އަލްބުޚާރީ އާއި މުސްލިމް އެވެ.
އައްނަވަވީ ވިދާޅުވިއެވެ:
وحكمته إذا أصبح أن يكون أول عمله بذكر التوحيد والكلم الطيب
”އަދި އޭގެ ޙިކުމަތަކީ، (ހޭލެވުމަށްފަހު) އެމީހެއްގެ އެންމެ ފުރަތަމަ ޢަމަލަކީވެސް، ތަޥްޙީދު (އެބަހީ: ﷲ ގެ އެއްކައުވަންތަކަން) ހަނދުމަ ކުރުމާއި ހެޔޮ ބަހެއް ކަމުގައި ވުމެވެ.“
ޝައިޚް ޢަބްދުލް ޢަޒީޒް އަލްޚުޟައިރު ވިދާޅުވިއެވެ:
”އަދި ﷲ ތިބާގެ ޢުމުރު ވެސް (އެއިން) އިތުރު ކުރައްވައެވެ. ހޭލެވޭ ކޮންމެ ހިނދަކު الحمدلله އޭ ކިޔައި (އެއަށްޓަކައި) ﷲ ﷻ އަށް ޝުކުރު ކުރެވެއެވެ. ﷲ ﷻ ވަޙީ ކުރެއްވި ފަދައިން ނެވެ:
لَئِن شَكَرْتُمْ لَأَزِيدَنَّكُمْۖ
(ހަމަކަށަވަރުން، ތިޔަބައިމީހުން شكر ކޮށްފިނަމަ، ކަށަވަރުންވެސް ތިމަން އިލާހު ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ.)
އަދި މިޛިކުރަކީ، ރޭގަނޑާއި ދުވާލުގެވެސް ނިދިން ހޭލަމުން ކިޔުންވާ ޛިކުރެކެވެ.“
~ ގަލަންދާން
ކެއްސައިގެން ވިޔަސް، ނޭފަތުން (ވައިހޮޅިން) އަންގަތެރެއަށް ފައިބާ ވިޔަސް، އަރިދަފުސް ރޯގާ އާއި މެދު، ސައްހަ ރައުޔަކީ (ދިރުވިޔަސް) ރޯދަ ނުގެއްލޭނޭ ކަމެވެ. އެހެނީ އޭނާ ބޭރުން އެއްޗެއް ގެނެސް ނުގައްނަތީ އެވެ.
އަލް ޢުލްޥަން
①
ވިތުރި (އަދި ދަމުނަމާދު) ޤަޟާއު ކުރުން
އައްޝައިޚް އަލް-މުޙައްދިޘް، ސުލައިމާން ބުނު ނާޞިރް، އަލްޢަލްވާން
”ވިތުރި ނުކުރެވި ނިދިއްޖެ މީހާ ނުވަތަ ހަނދާން ނެތިއްޖެ މީހާ، ފަހެ އޭނާގެ މައްޗަށް ވަނީ ފަތިސް ވަޤުތު ވަނުމަށް ފަހު (ވިޔަސް) އެނަމާދު ކުރުމެވެ. އެއީ ފަތިސް ނަމާދު ކުރުމުގެ ކުރިންނެވެ. އަބޫ ދާވޫދު ޤަވިއްޔު (ވަރުގަދަ) ސަނަދަކުން އަދި އަލްޙާކިމް (1/302) ވެސް ރިވާކުރައްވައި "ދެ ޝައިޚުން (އެބަހީ: އަލްބުޚާރީ އާއި މުސްލިމް) ގެ ޝަރުޠުތަކުގެ މައްޗަށް ޞައްޙަ" ކަމަށްވިދާޅުވެ، މުޙައްމަދު ބުނު މުޠްރަފް އަލްމަދަނީ ގެ މަގުން، ޒައިދު ބުނު އަސްލަން އަރިހުން، ޢަޠާއު ބުނު ޔަސާރު އަރިހުން، އަބޫ ސަޢީދު އަލްޚުދްރީ އަރިހުން ރިވާކުރެއްވިއެވެ: ވިދާޅުވިއެވެ: ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ: «مَنْ نَامَ عَنْ وِتْرِهِ أَوْ نَسِيَهُ فَلْيُصَلِّهِ إِذَا ذَكَرَهُ» ”އެމީހެއްގެ ވިތުރި ފަހަނައަޅައި ނިދިއްޖެ މީހާ ނުވަތަ ހަނދުމަނެތިއްޖެ މީހާ، ފަހެ ހޭވެރިވުމާއި އެކު އެނަމާދު ކުރާށެވެ.“
އަދި މި ރައުޔަކީ އަޞްޙާބުންނާއި ތާބިޢީން ކުރެ ބައިގަނޑެއް އަރިހުންވެސް ރިވާވެގެންވާ ޤަވްލެވެ. އަދި އެއީ އިމާމް މާލިކު ގެ ޤަވްލެވެ. އަދި އައްޝާފިޢީ އާއި އަޙްމަދު ގެ ވެސްމެއެވެ. رحمهم الله تعالى.⁽¹⁾
ދެންފަހެ އިރު އެރުމާއި ހަމަޔަށް ވިތުރި ފާއިތުވެ ގޮސްފައިވާނަމަ، ޢިލްމުވެރިންވެ ތެރެއިން ބައެއް ވިދާޅުވަނީ: އޭނާ އެ އަދާ ކުރުން ވަނީ ހަމަ-އަދަދަކުންނެވެ. (އެބަހީ 3 ރަކުޢަތް ވިތުރީގައި ކުރާ މީހެއް ނަމަ 4 ރަކުޢަތް، 1 ރަކުޢަތް ނަމަ 2 ރަކުޢަތް މިބީދައިން އެވެ.) އަދި ދަލީލެއް ގޮތުގައި ބޭނުން ކުރައްވަނީ މުސްލިމް އެކަލޭގެފާނުގެ ޞަޙީޙު (746) ގައި ޤަތާދާގެ މަގުން، ޒަރާރާ އާރިހުން، ސަޢްދު ބުނު ހިޝާމް އަރިހުން ރިވާކުރެއްވި ޢާއިޝާ ގެ ޙަދީޘެވެ. އެކަމަނާ ވިދާޅުވިއެވެ: ”ދަމުނަމާދުގެ މައްޗަށް ނިދި ބުރަޖެހިވަޑައިގެންފި ނަމަ ނޫނީ (ބަލިވެ އުޅުއްވުމުގެ) ވޭން، ރަސޫލު ﷲ ދުވާލު ބާރަ ރަކުޢަތް ކުރައްވައެވެ.“
މި މަސްއަލާ ގައި ދެވަނަ ޤަވްލަކީ: (ދުވާލު ވިޔަސް) އެމީހާ ވިތުރި (އޮނަހިރި އަދަދަށް) ޤަޟާ ކުރުމެވެ. ޠާވޫސް އާއި މުޖާހިދު އާއި އައްޝިޢްބީ އަދިއެނޫން ބޭފުޅުންގެ ބަސްފުޅެވެ. އަދި މިބޭފުޅުންގެ ޙުއްޖަތަކީ ހަމަ އަބޫ ސަޢީދު ގެ ޙަދީޘްފުޅެވެ. ކުރިން އެ ޛިކުރުވެވިއްޖެއެވެ.އޭގެ ލަފުޡުގައި ވަނީ: ”އެމީހެއްގެ ވިތުރި ފަހަނައަޅައި ނިދިއްޖެ މީހާ ނުވަތަ ހަނދުމަނެތިއްޖެ މީހާ، ފަހެ ހޭވެރިވުމާއި އެކު އެނަމާދު ކުރާށެވެ.“ އެއީ، އިރު އެރުމަށް ފަހު ގައި ވިޔަސް ވިތުރި ޤަޟާއު ކުރެވޭނެ ކަމުގެ މައްޗަށް މިޙަދީޘް ގެ (إذا ذكره) ”ހަނދުމަ ވާހިނދު" މިބަސްފުޅުގެ އާއްމު މާނައިން ދަލީލުވުމެވެ. އަދި އަލްއަޥްޒާޢީ ވިދާޅުވިއެވެ: ”އެރެއަށްފަހު އަންނަ ދުވަހުގައި އޭނާ އެ ޤަޟާއު ކުރާށެވެ. އެއީ އަނެއް ޢިޝާ ނަމާދު ވަނުމާއި ހަމައަށެވެ. އޭގެ ފަހުން އެއެއް ޤަޟާއު ވުން ނުވެއެވެ. އެހެނީ އެއްރެޔެއްގައި ދެވިތުރި ޖަމަޢަ އެއް ނުކުރެވޭ ހުއްޓެވެ.“⁽²⁾
ދެންފަހެ އިހު ބަޔާންވެވުނު ޢާއިޝާ ގެ ރިވާޔަތާއި މެދު ވިދާޅުވަނީ: އޭގައި ވިތުރި ނަފީ ވެފައި ނުވާކަމެވެ. އެހެނީ އެއީ ނިދި ބަރުހެލިވެގެން ނޫނީ (ބަލީގެ) ވޭނައި ހެދި، ރޭގަނޑުގެ ކުރީބައި ގައި ވިތުރި އޭގެ އެންމެ މަދު އަދަދަށް ކުރުކޮށް ކުރުމަށްފަހު، ދުވާލުވުމުން ދަމުނަމާދު ކުރުމުގެ މައްޗަށް ކަމުގައެވެ. އެހެނަސް މި މަނާަކުރުމަށް ދެބަސް ވެވެއެވެ. އަދި އެކަލޭގެފާނު ރޭގަނޑުގެ ފުރަތަމަ ބައިގައި ވިތުރި ކުރެއްވި ކަމަށް ޢާއިޝާ ގެ ޙަދީޘް މާނަކުރެވުން ވަރަށް ދުރެވެ. އެހެނީ މިކަން، އެހެންވީނަމަ، ޢާއިޝާ އެވާހަކަ ވިދާޅުވީހެވެ. އެހެނީ މިތަނުގައި އެ ނިޔާ ކަނޑައެޅުމުގެ އަހައްމިޔަތުކަން އޮތުމުންނެވެ. އަދި ފާޅުވަނީ އިތުރުއެކަލޭގެފާނުން ﷺ ވިތުރި ނުކުރައްވާ ކަމެވެ. އަދި ޢާއިޝާ ގެ ބަސްފުޅު: ”...ދުވާލު ބާރަ ރަކުޢަތް ކުރައްވައޭ“ މިއިން އެކަމަށް ދަލީލުދެއެވެ. އެހެނީ ރޭގަނޑު ވިތުރި ކުރެއްވީހީ ނަމަ، ދުވާލުގައި ކުރެއްވީހީ ދިހަ ރަކުޢަތެވެ. އެހެނީ ޢާއިޝާ ވިދާޅުވެފައި ވެއެވެ: ”ރަމަޟާނަކަސް ނޫނީ އެހެން މަހެއްގައިވިޔަސް ރަސޫލު ﷲ ﷺ އެގާރަ ރަކުޢަތަށް ވުރެ އިތުރު ނުކުރައްވައެވެ.“ —متفق عليه.
=
ސުވާލު: އިމާމް އައްޝާފިޢީ ކޮންމެ ރޯދަމަހެއްގައި 60 ހަތިމް ކުރައްވާ ކަމަށް އައިސްފައިވާ ޚަބަރުތަކުގެ ޞައްޙަ ކަމަކީ ކޮބައިތޯއެވެ؟
ޖަވާބު: ”އައް-ރަބީޢު ބުނު ސުލައިމާނުލް މުރާދީ އަލްމިޞްރީ އަރިހުން ބޮޑު ޖަމާޢަތެއް ވަނީ މިވާހަކަ ރިވާ ކުރައްވާ ފައެވެ: އެކަލޭގެފާނު ވިދާޅުވިއެވެ:
”އައް-ޝާފިޢީ ރޯދަ މަހު 60 ފަހަރު ޤުރުއާން ހަތިމް ކުރައްވައެވެ...“
އަދި މިބޭފުޅާ — އައްރަބީޢު — އަކީ އައްޝާފިޢީ ގާތު (ދަރިވަރުވެ) އުޅުއްވި ބޭކަލެކެވެ. އަދި މިއީ ޞައްޙަ ވާހަކައެކެވެ.“
— އައްޝައިޚް އަލްމުޙައްދިޘް ޑރ. ޚާލިދުލް ހާޔިކް އަބޫ ޞުހައިބް އަލްޙުސައިނީ (މަޞްދަރު)
~ ގަލަންދާން
#Archives | May 25, 2019
”ތަރާވީޙް ސުންނަތްވެގެންވަނީ ޢިޝާނަމާދާއި ވިދިގެންނެވެ.“
https://telegra.ph/Tarawees-Sunnai-vegenvanee-04-05
ފޮތް: އަލްޢަލްވާން ގެ ރޯދައިގެ ފިޤުހުން 50 ފައިދާ (78 ޞަފްޙާ) pdf ފައިލް.
— އައްޝެއިޚް ޑރ. ޢަބްދު ﷲ ބުނު ޙަމޫދު އަލްފަރީޙް
Final
~ ގަލަންދާނު
🔻
”އަދި ޙައްޤު (ކަށަވަރީ) ޢިޖާބަ ވުމުގެ ވަޤުތަކީ ހުކުރު ދުވަހުގެ ޢަޞުރު ފަހުންވާ އެންމެ ފަހު ވަޤުތު ކަމެވެ. އެހެނީ، ޢަބްދު اللّٰه ބުނު ސަލާމް އަރިހުން ރިވާވެގެން ވެއެވެ: ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި އެވެ: (هي آخر ساعات النهار) ”އެއީ ދުވާލުގެ އެންމެ ފަހު ވަޤުތެވެ.“ އަދި މި ރިވާކުރެއްވީ އިބްނު މާޖާ، އަބުއް ނަޡްރު މެދުވެރިކޮށް، އަބޫ ސަލަމާ ފުށުން، ޢަބްދު اللّٰه ފުށުން، ނަބިއްޔާ ﷺ އަރިހުންނެވެ. އަދި އޭގެ އެންމެހާ ރާވީންނަކީ އިތުބާރުވެވިގެންވާ ބޭފުޅުން ތެރެއިން ބޭކަލުންނެވެ.“
~ އަލްޢުލްވާން
______________
މި މައުޟޫއުގެ ތަފްޞީލަށް (މިޕޯސްޓް) — ގަލަންދާާނު
🔻 ހުވަނދުން ރޯދަގެއްލޭނެހެއްޔެވެ؟
ހުވަނދު (ޢަޠަރު) އަކީ ރޯދަގެއްލޭ އެއްޗެއް ނޫނެވެ. އަދި އޭގައި މަކުރޫހައެއްވެސް ނެތެވެ. އެހެނީ އެއީ ހަމްދުހުރިކަމެކެވެ. ރޯދަވެރިޔާއަށްވެސް އެވެ.
🔻 ބަޚޫރު އިން ރޯދަގެއްލޭނެހެއްޔެވެ؟
ބަޚޫރުން (ދުންކެވުމަކީ) ރޯދަ ގެއްލޭކަމެއް ނޫނެވެ. މަނައުވެގެންވަނީ ބަޚޫރު ނޭވަޔަށް (ދުންބޯފަދައިން) ދެމުމެވެ.
~ގަލަންދާނު #ރޯދަ_ފަތުވާ
އައްޝެއިޚް ސުލައިމާން ބުނު ނާޞިރު، އަލްޢަލްވާން
📚
ސުވާލު: ރަމަޟާން މަހުގެ ފަހު ދިހައިގާ ޞަދަގާތް ދިނުންތޯ ނޫނީ އެދުވަސްތަކުގެ ރޭތައް ނަމާދާއި ޛިކުރުގައި ހޭދަކުރުންތޯ މޮޅުއިތުރުވެގެންވަނީ؟
ޖަވާބު:
އެންމެހާ ޙަމްދެއް ވަނީ الله އެށެވެ.
ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަރިހުން ރަމަޟާން މަހުގެ ފަހުދިހަ އިހްޔާ ކުރުމުގެ މައްޗަށް ރިވާވެފައިވަނީ އޭގައި ނަމާދުކޮށް ޛިކުރު ކުރުމުގެ މައްޗަށެވެ.
ރޯދަމަހު ޞަދަޤާތް ކުރުން އެހެން މަސްތަކަށްވުރެ ހެޔޮވެގެންވެއެވެ. އެހެނަސް ފަހުދިހައިގާ "ޞަދަޤާތް ދިނުން" ވަކިން ޚާއްޞަކޮށް މޮޅުއިތުރުކަމަށް އަހަރެމެންނަށް އެއްވެސް އެއްޗެއް ސުންނަތުން އެނގޭކަށްނެތެވެ.
އެހެނަސް އިލްމުވެރިން ހެޔޮޢަމަލުތައް މާތް ވަޤުތު ތަކުގައި ކުރުން ހެޔޮވެގެންވާކަމަށް ވިދާޅުވެއެވެ. އަދި އެއްވެސް ޝައްކެތްނެތް ގޮތުގައި ރަމަޟާން މަހުގެ ފަހުދިހަޔަކީ އެހެން އެންމެހާ ރޭތަކަށްވުރެ މޮޅުއިތުރު ރޭތަކެކެވެ. އެހެނީ ލައިލަތުލް ޤަދުރި ވަނީ އެރޭތަކުގެ ތެރެއިން ރެއެއްގައިކަމެވެ. އެއީ އެއްހާސް މައްސަރަށްވުރެ މޮޅުއިތުރު ރެއެކެވެ.
ކޮންމެއަކަސް، މުސްލިމުންގެ މައްޗަށް ޝަރުޢުވެގެންވަނީ މުޅި ރޯދަމަހުގެ ތެރޭގައި ގިނަގިނަކޮށް ޞަދަޤާތް ދިނުމަށެވެ. "ނަބީ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ވީ މީސްތަކުންގެ ތެރެއިން އެންމެ ދީލަތިވަންތަ ބޭފުޅާއަށެވެ. އަދި އެކަލޭގެފާނު އެންމެ ދީލަތިވެލެއްވީ ރަމަޟާން މަހުގައެވެ." މިއީ އަލް ބުޚާރީ 6 އަދި މުސްލިމް 2308 ގައި (އިބްނު ޢައްބާސް ގެ އަރިހުން) ރިވާވެފައިވާ ފަދައިންނެވެ.
އަދި الله މޮޅަށް ދެނެވޮޑިގެން ވެއެވެ.(1)
ނޯޓް:
الله އަށް ކުއްތަންވެވޭ ހެޔޮ ޢަމަލުތައް ގިނަކުރުން ރަމަޟާން މަހުގައިވެއެވެ. އަދި އޭގެ ފަހުދިހައިގެ ރޭތައް އެހެން އެންމެހާ ރެއަކަށްވުރެ މޮޅުއިތުރެވެ. ޞަދަޤާތާއި އެނޫން ޢަމަލުތަކުގައެވެ. އަދިއެހެނަސް ޞަދަޤާތަކީ ފަހު ދިހައިގައި ދިނުން ވަކި ޚާއްޞަ އަދި މޮޅުއިތުރު އެއްޗެއްކަމަށް ނޫނީ ވަކި މިވެނި އަދަދެއް ދިނުން މޮޅުއިތުރުކަމަށް ކަނޑައެޅުމަކީ ސުންނަތާއި ޚިލާފުކަމެކެވެ. މިހެން ކަނޑަ ނާޅައި އެފަދަ އެންމެހާ ހެޔޮޢަމަލެއް، ޞަދަޤާތް ދެވޭނެމީހާ ޞަދަޤާތް ދީ ހެދުމަކީ ކުއްތަންވުމުގެ ޢަމަލުތަކުގެ ތެރެއިން ހިމެނޭ ހެޔޮކަންކަމެވެ.
އަދި ނަބިއްޔާ ﷺ ލައިލަތުލް ޤަދުރި ވިލާރެޔަށް ބާރުއަޅުއްވާފައިވަނީ ރޭއަޅުކަމަށެވެ. ޙަދީޘް ކުރެއްވިއެވެ: { مَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ } "އީމާންވެހުރެ، (ﷲގެ ޙަޟްރަތުން) ޘަވާބާއި ދަރުމައަށް އެދޭ ހާލު ލައިލަތުލް ޤަދުރި ވިލޭރޭ ޤިޔާމް (ރޭއަޅުކަން) ކޮށްފިމީހާ (ދަންނާށެވެ.) އޭނާގެ އިސްވެ ގޮސްފައިވާ ފާފަތައް ފޮހެވިގެންދާނެއެވެ."
އަދި މީގެ ތެރޭގައި ޤުރުއާން ތިލާވަތް ކުރުމާއި ދުޢާ އާއި ނަމާދު އެކުލެވެއެވެ. އެހެންކަމުން އެރޭގައި ޤިޔާމަށް ވުރެ މޮޅު އިތުރު އެހެން އެއްވެސް ޢަމަލެއް ނުވެއެވެ.
📌ފައިދާއެއް
ޢައިޝާ އަރިހުން އަލްބުޚާރީ އަދި މުސްލިމް ރިވާކުރެއްވިއެވެ: "ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ރަމަޟާން މަހުގެ ފަހު ދިހައިގާ (މިސްކިތު) އިއުތިކާފުގައި ހުންނެވިއެވެ. އެއީ ﷲ عَزَّ وَجَلَّ އެކަލޭގެފާނު މަރުގެންމެވުމާއިހަމައަށެވެ. އެކަލޭގެފާނުގެ އަނބިއަނބިކަބަލުން އެކަލޭގެފާނަށްފަހު އެފަދައިން އިއުތިކާފު ކުރެއްވުމުގައި ދެމިތިއްބެވިއެވެ."
އިމާމް އައްޝަފިޢީ ވިދާޅުވިއެވެ: "ނަބިއްޔާގެ މިސާލަށް ތަބައުވެ ރޯދަމަހުގެ ފަހުދިހައަށް އިއުތިކާފުވުމަށް އެދިއްޖެ ކޮންމެ މީހެއް، އެކާވީސްވަނަ ދުވަހުގެ ރޭ އިރުއޮއްސުމުގެ ކުރިން މިސްކިތަށް ވަންނަހުއްޓެވެ."
_____
(1) އިސްލާމް ސުވާލާއި ޖަވާބު Islamqa ފަތުވާ ނަންބަރ. 37720
~ ގަލަންދާނު
🔻
”އަދި ޙައްޤު (ކަށަވަރީ) ޢިޖާބަ ވުމުގެ ވަޤުތަކީ ހުކުރު ދުވަހުގެ ޢަޞުރު ފަހުންވާ އެންމެ ފަހު ވަޤުތު ކަމެވެ. އެހެނީ، ޢަބްދު اللّٰه ބުނު ސަލާމް އަރިހުން ރިވާވެގެން ވެއެވެ: ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި އެވެ: (هي آخر ساعات النهار) ”އެއީ ދުވާލުގެ އެންމެ ފަހު ވަޤުތެވެ.“ އަދި މި ރިވާކުރެއްވީ އިބްނު މާޖާ، އަބުއް ނަޡްރު މެދުވެރިކޮށް، އަބޫ ސަލަމާ ފުށުން، ޢަބްދު اللّٰه ފުށުން، ނަބިއްޔާ ﷺ އަރިހުންނެވެ. އަދި އޭގެ އެންމެހާ ރާވީންނަކީ އިތުބާރުވެވިގެންވާ ބޭފުޅުން ތެރެއިން ބޭކަލުންނެވެ.“
~ އަލްޢުލްވާން
______________
މި މައުޟޫއުގެ ތަފްޞީލަށް (މިޕޯސްޓް) — ގަލަންދާާނު
#Archives | May 25, 2019
”ތަރާވީޙް ސުންނަތްވެގެންވަނީ ޢިޝާނަމާދާއި ވިދިގެންނެވެ.“
https://telegra.ph/Tarawees-Sunnai-vegenvanee-04-05
2/2
އައްޠަރީފީ ގެ ނަމާދާއި ބެހޭ ފޮތުގައި ވެއެވެ: "ސަލަފުންގެ ތެރެއިން އެއްވެސް ބޭފުޅެއް، ޞާހާބީންގެ ތެރެއިންވިޔަސް ނޫނީ ތާބިޢީންގެ ތެރެއިން ވިޔަސް ނޫނީ އެބޭފުޅުންނަށް ތަބައުވިބޭކަލުން ވިޔަސް، އަދި ހަތަރު އިމާމުން އަރިހުންވެސް - އަލްޤަބްޟި އަކީ (ހަށަން ބަނުމަކީ) ވާޖިބެއްކަމަށް ވިދާޅުވިކަމެއް އަހަރެންނަކަށް އެނގިފައެއްނެތެވެ."(6)
އަހަރެން ބުންމެވެ: މިހެން ކަމުން ހާޖަތަކަށްޓަކައި މިކަން ދޫކޮށް ލުމުގެ ހުއްދަ މާބޮޑެވެ. ބަޔެއް އަޚުން ބޮޑު ތަކުލީފާއިއެކު އެއްއަތުން މި އުފުލުން، ނޫނީ ނަމާދުގައި ޚުޝުއްވަތް ގެއްލިގެން ދާއިރުވެސް މުޞްޙަފާއިއެކު ހަށަން ބަންނަން މަސައްކަތް ކުރުމުގެ ތަކުލީފުވާކަމަކަށް އަހަރެން ނުދެކެމެވެ. الله أعلم.
މީގެ އިތުރުންވެސް، އިހުގެ ޢިލްމުވެރިންގެ ތެރެއިން މުޞްޙަފު ހިފުން މަކުރޫހަ ކަމަށް ވިދާޅުވިބޭފުޅުން އެހެންވިދާޅުވެފައިވަނީ، ހަށަން ބަނުމުގެ މައްޗަށް ވިދާޅުވެއެއް ނޫނެވެ. އެއީ އެހެންޏާ އެކަމަކީ އަހުލު ކިތާބީންގެ ގޮތެއްކަމާއި އެޔާ ޚިލާފުވުމަށެވެ. ނޫނީ އެކަމަކީ އިތުރު ޙަރަކާތެއްކަމަށް ވިދާޅުވެއެވެ. އަދި މިދެނުކުތާއަށްވެސް މިކަން ހުއްދަ ކުރެއްވި ޢިލްމިވެރިން ރައްދުދެއްވިއެވެ. އަދި ދެޞަޙީޙު ގައި ވާރިދުވެފައިވާ ފަދައިން ނަބިއްޔާ ﷺ އެކަލޭގެފާނުގެ ކާފަ ދަރިކަލުން، އުމާމާ، ނަންގަވައިގެން ނަމާދުކުރެއްވިއެވެ. އަދި ރުކޫޢުއަށް ވަޑައިގެންނެވުމަށް ތިރިކުރައްވައެވެ.(7) އަދި މުޞްޙަފު އުފުލުމަކީ މިއަށްވުރެ ކުޑަ ޙަރަކާތެކެވެ. އަދި ޙާއްޖަތެއްވާނަމަ އެހަރަކާތެއް ގެނައުން ޢިލްމިވެރިން ހުއްދަކުރައްވައެވެ.
އައްނަވަވީ ވިދާޅުވިއެވެ: "މުޞްޙަފުން ޤުރުއާން ކިޔެވިޔަސް ނަމާދެއް ބާޠިލެއްނުވާނެއެވެ. އެއީ ހިތުދަސް މީހެއް ވިޔަސް އަދި ނޫނަސް އެވެ. އަދި ކިއެއްހެއްޔެވެ؟ އޭނާ އަށް އަލްފާތިޙާ ސޫރަތް ނޭގޭ ނަމަ އޭނާގެ މައްޗަށް މިކަން ވާޖިބުވެގެންވެއެވެ. އަދި ބޭނުންޖެހުމުން ނަމާދު ތެރޭ އޭގެ ގަނޑުއުކިޔަސް (ނަމާދެއް) ބާޠިލެއްނުވާނެއެވެ. ... މިއީ (އެބަހީ: ނަމާދު ބާޠިލުނުވާނެކަމީ) އަހަރެމެންގެ (ޝާފިޢީންގެ) މަޛުހަބެވެ. އަދި މާލިކުގެ ވެސް އެވެ. އަދި (އަބޫ ޙަނީފާގެ އެންމެ އިސް ދެ ދަރިވަރުން) އަބޫ ޔޫސުފް އާއި މުޙައްމަދުގެ މަޛުހަބެވެ. އަދި އަޙްމަދުގެވެސް އެވެ."(8)
____
(6) "المجموع" (4/27) بتصرف
(7) البخاري (494) ومسلم (543)
(8) ޞިއްފަތު ޞަލާތިއް ނަބިއްޔި ޞ. 96 ، އަދި އުއްމީދަކީ މި ނުކުތާގެ އިތުރު ތަފްޞީލާއި އެނޫން ފިޤުހުތައް، މިފޮތުގެ ތަރުޖަމާ ފުރިހަމަކުރުމަށް ﷲ ތައުފީޤުދެއްވައިފިނަމަ ހުށަހެޅުމެވެ. އިންޝާ ﷲ.
ނޯޓް: ރަމަޟާން މަސް ދެބައިވެއްޖެއެވެ.
އިހު ބަޔާން ކޮށްފައިވާ ފަދައިން(1) ވިތުރީގައި ޤުނޫތު ކިޔުން އަޞްޙާބު ބޭކަލުން އަރިހުން ވަނީ ރަމަޟާން މަސް ދެބައިވުމަށް ފަހު ޘާބިތުވެފައެވެ.
މުޞްޙަފް ހިފައިގެން ނަމާދު ކުރުމުގެ ހުއްދަ(2) އިގެ ދަށުން ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭކަލުން، ޤުނޫތު ކިޔުމުގައި ގަނޑެއް ހިފައިގެން އެޔަށް ބަލައިގެން ކިޔުން ހުއްދަކުރައްވައެވެ. އަދި މިއީ ސުލައިމާން އަލް ޢަލްވާންގެ ވެސް ފަތުވާއެވެ.
~ ގަލަންދާން
__________
(1) ގަަލަންދާނު ޕޯސްޓް 279
(2) ގަަލަންދާނު ޕޯސްޓް 516
ރޯދަޔަށް ހުރެއްޖެ މީހާ ޙިޖާމާ ޖެހުމާއި މިކަމުގައި ރާޖިޙު ގޮތް
މިއީ މިކަމުގައި ޢިލްމުވެރިން މެދުގައި ދިގުދެމިގެންވާ ޚިލާފެއް ވާކަމެކެވެ: ޙިޖާމާ ކުރުމުން ރޯދަ ގެއްލޭނެތޯ ނުވަތަ ނޫން ތޯއެވެ. އަދި މިކަމުގެ ތެރެއަށް ލޭ ހަދިޔާ ކުރުމުގެ ޤަޟިއްޔާވެސް ވަދެއެވެ. އަދި ބޮޑަށް ގާތްވެގެންވަނީ މީގެ ސަބަބުން ރޯދަ ނުގެއްލޭނޭ ކަމެވެ — والله أعلم. އަދި މިއީ ތަފާތު ދަލީލުތަކެއްގެ މައްޗަށެވެ:
ފުރަތަމަ ދަލީލަކީ: ޘާބިތުލް ބަނާނީ އަރިހުން ޞަޙީޙުލް ބުޚާރީގައި އައިސްފައިވެއެވެ: އަނަސް ބިން މާލިކު އާއި ސުވާލުވެވުނެވެ: "ތިބޭކަލުން ރޯދަވެރިޔާ ޙިޖާމާ ޖެހުމަށް ނުރުއްސައިވައި ވީމުހެއްޔެވެ؟" ވިދާޅުވިއެވެ: "ނޫނެކެވެ. އެހެނަސް ވަރުބަލިކަމުގެ ސަބަބުން މެނުވީއެވެ."
ދެވަނަ ދަލީލު: ދެޞަޙީޙުގައި އިބްނު ޢައްބާސްގެ އަރިހުން އައިސްފައިވެއެވެ: ވިދާޅުވިއެވެ: { اِحْتَجَمَ وَهُوَ مُحْرِمٌ } "އިޙުރާމުގައި ހުންނަވައިގެން ނަބިއްޔާ ޙިޖާމާ ޖެއްސެވިއެވެ." (އަދި އަލްބުޚާރީގެ އެނޫން ރިވާޔަތެއްގައި، "އަދި ރޯދަޔަށް" ހުންނަވައިގެންނޭ ވެއެވެ.)
އަދި { أَفْطَرَ الْحَاجِمُ وَالْمَحْجُومُ }
"ހިޖާމާ ޖެހޭ މީހާ އާއި ޖަހާ މީހާ ރޯދަ ގެއްލިއްޖެއެވެ." މި ޙަދީޘް އަށް ވުރެ އިހު ބަޔާން ވެވުނު ދެޙަދީޘް ޞައްޙަކަން ބޮޑެވެ.
ތިންވަނަ ދަލީލް: { أَفْطَرَ الْحَاجِمُ وَالْمَحْجُومُ } "ހިޖާމާ ޖެހޭ މީހާ އާއި ޖަހާ މީހާ ރޯދަ ގެއްލިއްޖެއެވެ." މި ޙަދީޘް އަށް އިތުރު ތަފްޞީލު އައިސްފައިވުމެވެ. އެހެނީ އައްނަސާއީ، އަބޫ ސަޢީދު އަރިހުން ރިވާކިރެއްވިއެވެ: އެކަލޭގެފާނު ވިދާޅުވިއެވެ: "ﷲ ގެ ރަސޫލާ ﷺ ރޯދަވެރިޔާއަށް އަދި ޙިޖާމާ ކުރުމަށް ނިސްބަތްކުރައްވައި ރުޚްސާ (ލުއިފަސޭހަކަމަށް އިޚްތިޔާރެއް) ދެއްވިއެވެ."
މީގެއިތުރުން: އަޞްޙާބުބޭކަލުން ތެރެއިން ގިނަ ބޭކަލުން ދެކެވަޑައިގެންނެވީ ޙިޖާމާކުރުމުގެ ސަބަބުން ރޯދަ ނުގެއްލޭނޭކަމަށެވެ. އަދި އިންސާނާއަށް ބޮޑަށް ރައުކައުތެރީ: ރޯދަޔަށް ނުހުރެ ޙިޖާމާކުރުމެވެ. އެއީ މިޚިލާފުން ބޭރުވެހުރުމަށެވެ.
~ ޝެއިޚް ޢަބްދުﷲ އައްސަޢްދު
އަދި ޝައިޚް އަބޫ ހުމާމް ބަކްރު ބުނު ޢަބްދުލް ޢަޒީޒް އަލްއަޘަރީ تقبله الله އާއި ސުވާލުވެވުނެވެ:
🔻 ޙައިޟު ވެރިޔާ މޮބައިލް ފޯން އިން ޤުރުއާން ކިޔެވިދާނެހެއްޔެވެ؟
ޖަވާބުގައި ވިދާޅުވިއެވެ:
”ފުރަތަމަކަމަކަށް: ޙައިޟު ވެރިޔާ ހިތުދަސް އެއްޗަކުން ނޫނީ ކޮންޕިއުޓަރަކުން ނޫނީ މޮބައިލް ފޯނެއް ނޫނީ މިފަދަ އާލަތަކުން ޤުރުއާން ކިޔެވުން ހުއްދައެވެ. އަދި މުޞްޙަފުގައި އަތްލުން މަނައުކުރާ އެތައް ބަޔެއްވެސް މިކަން މިގޮތަށް ދެކެއެވެ.
ދެވަނައީ: އަހަރެމެން ދެކެނީ –والله أعلم– ޙައިޟުވެރިޔާ މުޞްޙަފް ގައި އަތްލުން ޙަރާމް ކުރާ ދަލީލު، ޞައްޙަނޫން ކަމަށެވެ. އަދި ދަލީލަކާއި ލައިގެން މެނުވީ ކަމެއް ޙަރާމްކަމަށް ކަނޑަނޭޅެވޭނެއެވެ. އަދި މިގޮތުގެ މަތީން: ޢުމަރު ބުނުލް ޚައްޠާބު އާއި އިބްނު ޢައްބާސް އާއި ސަލްމާނުލް ފާރިސީ އާއި ޢަލީ ބިން އަބީ ޠާލިބް އާއި ޢާއިޝާ އަދި އަބޫ ހުރައިރާ އާއި އިބްރާހީމުއް ނަޚަޢީ އާއި ސަޢީދު ބުނުލް މުޞައްޔިބް އާއި ސަޢީދު ބުނު ޖުބައިރު އާއި އަލްޙަކަމް އާއި ނަޞްރު އަލްބާހިލީ އާއި ރަބީޢަތުއް ރައުޔު އާއި އަބޫ މަލީކާ އަދި ދާވޫދުއް ޡާހިރީ އާއި އަލްމުޒްނީ އާއި އިބްނު ޙަޒަމް އާއި އައްޠަބަރީ އާއި އިބްނުލް މުންޛިރު އަދި އެނޫން ބޭފުޅުން ދެކިލެއްވިއެވެ... އެއީ މިކަން ޙަރާމް ކުރައްވާ ޖުމްހޫރު ޢިލްމުވެރިންގެ ބައިގަނޑާއި ޚިލާފަށެވެ....“
—މިއީ މިންބަރުއް ތަޥްޙީދުގެ ލަޖްނާ އަށް ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. (ފަތުވާ ނަންބަރު 2113)
~ ގަލަންދާން
ހުކުރު ދުވަހުގެ ދުޢާ ޢިޖާބަވަނިވި ވަޤުތަކީ ކޮބާ؟
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " خَيْرُ يَوْمٍ طَلَعَتْ فِيهِ الشَّمْسُ يَوْمُ الْجُمُعَةِ فِيهِ خُلِقَ آدَمُ وَفِيهِ أُدْخِلَ الْجَنَّةَ وَفِيهِ أُهْبِطَ مِنْهَا وَفِيهِ سَاعَةٌ لاَ يُوَافِقُهَا عَبْدٌ مُسْلِمٌ يُصَلِّي فَيَسْأَلُ اللَّهَ فِيهَا شَيْئًا إِلاَّ أَعْطَاهُ إِيَّاهُ "
އަބޫ ހުރައިރާ އަރިހުން އައްތިރުމިޛީ ރިވާކުރެއްވި އެވެ: ރަސޫލު اللّٰه ﷺ ޙަދީޘް ކުރެއްވި އެވެ: ”އިރު އެދުވަހެއްގެ މައްޗަށް އެރި އެންމެ ހެޔޮވެގެންވާ ދުވަހަކީ ހުކުރު ދުވަހެވެ. ޢާދަމް ޚަލްޤު ކުރެއްވުނީ އެދުވަހުއެވެ. އަދި އެކަލޭގެފާނުގެ ޖަންނަތަށް ވެއްދެވުނީ އެދުވަހުއެވެ. އަދި އޭގެން (ބިމަށް) ބޭލެއްވުނީވެސް އެދުވަހުގައެވެ. އަދި އޭގައިވާ ސާޢަތެއް (އެބަހީ: ވަޤުތެއް) ވެއެވެ. اللّٰه ހަޟުރަތުގައި އެއްޗަކަށް އެދިއްޖެނަމަ އެކަންފުއްދަވައި ދެއްވާނޭ ގޮތުގައި މެނުވީ މުސްލިމު އަޅަކު ނަމާދު ގައި ހުރެ އެވަޤުތާއި ބައްދަލެއް ނުވާނެއެވެ.“
އަބޫ ހުރައިރާ ވިދާޅުވި އެވެ: ޢަބްދު اللّٰه ބުނު ސަލާމް އާއި ބައްދަލު ވެގެން މިޙަދީޘް ޛިކުރު ކުރުމުން ވިދާޅުވެއްޖެއެވެ: ”ތިމަންކަލޭގެފާނަށް އެސާޢަތެއް އެނގެއެވެ.“ އަހަރެން ދަންނަވައިފީމެވެ: ”ތިކަމުގައި ދަހިވެތި ނުވެ އަހަރެންނަށް ކިޔައިދޭށެވެ.“ ވިދާޅުވިއެވެ: ”އެއީ ޢަޞްރުގެ ފަހުން ފެށިގެން ގޮސް އިރުއޮއްސުމާއި ހަމައަށެވެ.“
އެހެންކަމުން އަހަރެން ދަންނަވައިފީމެވެ: ”(އެވަޤުތެއް) ޢަޞުރު ފަހުން ވާނީ ފަހެ ކިހިނަކުން ހެއްޔެވެ؟ ފަހެ ރަސޫލު اللّٰه ﷺ ވަނީ ޙަދީޘް ކުރައްވާފައެވެ: " لاَ يُوَافِقُهَا عَبْدٌ مَسْلِمٌ وَهُوَ يُصَلِّي "...މުސްލިމު އަޅަކު "ޞަލާތު" ގައި ހުރެ އެވަޤުތާއި ބައްދަލެއް ނުވާނެއޭ...“ (އައްޞަލާތު، ޢާންމުގޮތެއްގައި ބުނެވެނީ ނަމާދަށެވެ.) އަދި ތިޔަ ވަޤުތަކީ (އެބަހީ: ޢަޞުރު ފަހަކީ) އޭގައި ނަމާދުކުރުން ނުވާ ވަޤުތެކެވެ.“ ދެން ޢަބްދު اللّٰه ބުނު ސަލާމް ދަންނަވައި ފިއެވެ: ”ރަސޫލު اللّٰه ﷺ ޙަދީޘް ކުރައްވާފައިވެއެވެ: (مَنْ جَلَسَ مَجْلِسًا يَنْتَظِرُ الصَّلاَةَ فَهُوَ فِي صَلاَةٍ) ޞަލާތައް އިންތިޒާރު ކުރުމުގައި އިށީނދެ ހުރެއްޖެ މީހާ އެހެރީ ޞަލާތުގައެވެ.“
އަހަރެން ދަންނަ ވައިފީމެވެ: ”އާދޭހެވެ.“ ވިދާޅުވި އެވެ: ”އެއީ އެކަމެވެ.“
އަބޫ ޢީސާ (އައްތިރުމިޛީ) ވިދާޅުވިއެވެ: މި ޙަދީޘް "ޙަސަން ޞަޙީޙް” އެވެ.
އަބޫ ދާވޫދު، ޢަބްދު اللّٰه ބުނު ސަލާމް އަރިހުން ރިވާކުރެއްވި އެވެ: ...އަހަރެން (ރަސޫލު اللّٰه ﷺ އަރިހު) ދެންނެވިމެވެ: ”އެ ސާޢަތަކި ކޮބައިތޯއެވެ؟“ ޙަދީޘް ކުރެއްވިއެވެ: " هِيَ آخِرُ سَاعَةٍ مِنْ سَاعَاتِ النَّهَارِ " ”އެއީ ދުވާލުގެ ސާޢަތް ތަކުގެ ތެރެއިން އެންމެ ފަހު ސާޢަތެވެ.“
އަހަރެން ދަންނަވައިފީމެވެ: ”އެއަކީ ނަމާދު (އައްޞަލާތު) އަދާ ކުރުމުގެ ވަޤުތެއް ނޫން (ތޯއެވެ؟)“ ޙަދީޘް ކުރެއްވި އެވެ: " بَلَى إِنَّ الْعَبْدَ الْمُؤْمِنَ إِذَا صَلَّى ثُمَّ جَلَسَ لاَ يَحْبِسُهُ إِلاَّ الصَّلاَةُ فَهُوَ فِي صَلاَةٍ " ”އާދޭހެވެ. ހަމަކަށަވަރުން މުއުމިނު އަޅަކު ނަމާދުކޮށް އަވަދިވެގެން، ދެން އިށީދެއްޖެނަމަ، އަދި އޭނާ ހިފެހެއްޓިފައި އެހެރީ ނަމާދު ނޫން، އެނޫން އެއްވެސް އެއްޗަކަށް ކަމުގައި ނުވަނީނަމަ، ފަހެ އެހިނދު އޭނާ އެހެރީ ހަމަ ނަމާދު ގައެވެ.“
އަލްޢުލްވާން ވިދާޅުވި އެވެ: ”މިއީ އިބްނު މާޖާ، އަބުއް ނަޠްރު ގެ މަގުން، އަބޫ ސަލަމާ ފުށުން ޢަބްދު اللّٰه ބުނު ސަލާމް ފުށުން ނަބިއްޔާ ﷺ އަރިހުން ރިވާކުރެއްވި ޙަދީޘެކެވެ. އަދި އޭގެ އެންމެހާ ރާވީންނަކީ އިތުބާރުވެވިގެންވާ ބޭފުޅުން ތެރެއިން ވާ ބޭކާލުންނެވެ.“
②
އަދި އަބޫ ސަޢީދު ގެ ޙަދީޘްގެ (މާނަކުރުމަށް އޮތް) ޖަވާބަކީ: އެއީ ޖުމްލަކޮށް އެއްވެސް އަޞްޙާބު ބޭފުޅެއް ވިދާޅުނުވާ އެއްޗެކެވެ. (އެބަހީ: ދުވާލުގެ ކޮންމެ ވަޤުތެއްގައިވިޔަސް ވިތުރި ޤަޟާއު ކުރުމަށް ފަސްކުރުމާއި މެދުގައެވެ.) އަދި އޭގެ ތެރެއިން ބައެއް ބޭކަލުން ފަޖުރު ލުމުގެ ފަހުން ފަތިސް ނަމާދުގެކުރިން ވިތުރި ކުރެއްވި ކަމަށް ވާރިދުވެފައި އެބަހުއްޓެވެ. އެހެންކަމުން ޙަދީޘް މާނާަކުރެވުން ވަނީ މިވަޤުތުގައި ޤަޟާއު ކުރުމުގެ މައްޗަށެވެ. އެހެނީ އެގޮތް އެކަލޭގެފާނު ﷺ ގެ ބަސްފުޅާއި ޢަމަލުފުޅު ދެބަސްވުން ކަނޑުވާލައެވެ. والله أعلم.
ދެންފަހެ ފަޖުރު ލުމާއި ހަމައަށް ދެނެހުރެ ވިތުރި އަޅައިފި މީހާ، ފަހެ ޙައްޤު ބަހަކީ އޭނާއަށް އެބީވެދިއުމެވެ. އަދި ޤަޟާއު ކުރުމުގެ ޙައްޤެއް އޭނާއަށް ނުވުމެވެ. އެހެނީ، އިހު ގެނެވުނު، އަބޫ ސަޢީދު ގެ ޙަދީޘް ގައި ޤަޟާއު ކުރުން ވަނީ ނިދި ޖެހޭ މީހާ އާއި ހަނދުމަ ނެތޭ ކަނޑަ އަޅުއްވާފައެވެ. ވީމާ އެރިވާޔަތުން ފަހުމުވަނީ ދެނެހުރެ އެކަން ކުރާ މީހަކީ މިއާއި ޚިލާފު މީހެއް ކަމެވެ. އަދި އިބްނު ޚުޒައިމާ އެކަލޭގެފާނުގެ ޞަޙީޙް (1092) ގައި، އަބޫ ދާވޫދުއް ޠަޔާލިސީ ގެ މަގުން، ހިޝާމުއް ދިސްތަވާނި އަރިހުން، ޤަތާދާ އަރިހުން އަބޫ ނަޟްރާ އަރިހުން ޢަބޫ ސަޢީދު އަރިހުން ރިވާކުރެއްވިއެވެ: ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވި އެވެ: (من أدركه الصبح ولم يوتر فلا وتر له) ”ފަތިހަށް ފޯރައި އެހެނަސް ވިތުރި ނުކޮށް ހުރެއްޖެ މީހާ، (ދަންނައެ) އޭނާއަށް ވިތުރިއެއް ނުވެއެވެ.“ އަދި މިޙަދީޘް ގެ އަޞްލު ވަނީ ޞަޙީހު މުސްލިމް (754) ގައި މިލަފުޡު އެކުނުލެވިއެވެ. އަދި ޢިލްމުވެރިން ގެ ބަސްފުޅުން ބޮޑަށް ޞައްޙަ ބަސްފުޅުގެ މައްޗަށް، މި ޙަދީޘް ނެގެވުން ވަނީ، ނިންޖާއި ހަނދުމަނެތުމާއި ނުލައި ދަނެހުރު (ވިތުރި) ފާއިތުކުރާ މީހާއަށެވެ. والله أعلم.
— މަޞްދަރު: ފޮތް ”އަޙްކާމު ޤިޔާމިއް ލައިލް“ (ޞ. 9 - 12) ފުރަތަމަ ޗާޕް، ދާރް އަލްއީމާން (pdf)
~ ގަލަންދާން
_____________
[1] انظر الاستذكار (5/288)، وعون المعبود (4/309)، وشرح مسلم للنووي (6/ 24)، والمبدع في شرح المقنع (2/ 4)
[2] فتح الباري لابن رجب (9/160)، وانظر الأوسط لابن المنذر (5/194)
#Archives | May 25, 2019
”ތަރާވީޙް ސުންނަތްވެގެންވަނީ ޢިޝާނަމާދާއި ވިދިގެންނެވެ.“
https://telegra.ph/Tarawees-Sunnai-vegenvanee-04-05
📣 "ހިދާޔާ ރޭޑިއޯ" މި ޕުރޮޖެކްޓް ހިންގުމުގައި މަސައްކަތް ކުރާ އެންމެހާ ފަރާތް ތަކަށް ﷲ ހެޔޮ ޖަޒާ ދެއްވާށިއެވެ.
http://hidayah.one/beta.html
/channel/HidayahRadio
ހިދާޔާ ރޭޑިއޯގެ 🔻 މި ރޯދައިގެ ފިޤުހުގެ އޯޑިއޯ ތަކަކީ "ގަލަންދާނު" ގައި ޝާއިޢު ކުރެވިފައިވާ ފަތުވާ ތަކުން އެކުލެވިފައިވާ އޭގެ އޯޑިއޯ ކްލިޕް ތަކެވެ.
ހިދާޔާ ރޭޑިއޯ: "ބަޔަކަށް ރޯދަ ވީއްލަން ދިނުމުގެ އަޖުރު"
~ ގަލަންދާނު
ހިޖުރައިން 1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު އެއްވެސް ޤައުމަކަށް ފެނިފައިވާކަން އެގިފައި ނެތުމުން ބުރާސްފަތިދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ.
Читать полностью…ޝެއިޚް ޢަބްދު الله އައްސަޢްދު ވިދާޅުވި އެވެ:
"ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔެވުމަށް ވާ ރިވާޔަތަކީ ހުޝައިމް ފަރާތުން އައިސްފައިވާ ރިވާޔަތެކެވެ.
އަދި ސުފްޔާން އާއި ޝުޢުބާ އަރިހުން "ހުކުރު ދުވަސް" ކަމަށް ނަން ނުގެނެވި އައިސްފައި ވެއެވެ. މި އިތުރުވެފައިވާ ތަން ކޮޅު (ހުކުރު ދުވަސް ކަމަށް ބުނެވުން) މީގައި (ރިވާޔަތުގައި) ބަލިކަށި ކަމެއް ވެއެވެ. އަދި ގިނަ ބައިގަނޑު ރިވާ ކުރި ގޮތް (ހުކުރު ދުވަހަށް ޚާއްސަ ނުކޮށް) މިއީ ބޮޑަށް ޞައްޙަ ގޮތެވެ.
އެހެނަސް ބަޔެއް މީހުންނަށް، މިކަން އެންގުމުން ކަހަފު ސޫރަތް ކިޔެވުން ދޫކޮއްލައި، ހުކުރު ދުވަހަކުވެސް ނޫނީ އެނޫން ދުވަހަކުވެސް އެކިޔެވުމަށް ނޫޅެ އެވެ. އަދި ފަހެ، ހުކުރު ދުވަހު އެ ކިޔެވުމުގައި މައްސަލަޔެއް ނެތެވެ. އެއީ ދެ ހެޔޮކަން އޭގައި އެއްކުރާ ގޮތުގަ އެވެ.
~ ގަލަންދާނު
ނޯޓް: ކަހަފު ސޫރަތާއި ބެހޭ ރިވާޔަތް ތަކާއި އޭގެ ތަފްޞީލް އަށް (މިޕޯސްޓް)
ރައްކައު ކުރަމޭ އެކަލޭގެފާނު، ވަށައި ތިބެގެން
ހަނދުމަނެތިކޮށް އަމިއްލަ ދަރިން ބޮޑުބެއިން
ޠާހިރުކަމެއް އެއީ އެމޫނު ވާރޭއޮހޮރޭ ވިލާއެއް ފަދައިން
ޔަތީމުންގެ އުފަލޭ ހުވަފަތް
ކަނބަލުންގެ ރައްކައު
ގަންދީ ބުނަން ﷲ، އައިބެއްކަމަށް ނުވީހީ ނަމަ
ކާބަފައިންގެ ދައުރުތަކަށް އެއިން ލައިގަނެގެނެދާ
ވީމުހޭ ތަބައު، އެބޭފުޅަށް އެންމެހާ ހާލަތަކު
ނިކަމެތި ބަހެއްގަ މެނުވީ، ދާއިމަށް އަބަދަށް
އެވެރިންގެ ތެރޭ ގާތްތިމާގެ މީހެއް އަނެކާއަށް ނަޞްރުވެރި ނުވުމަކީ އަޢިބެކެވެ. އެއީ ޢަޤީދާގެ ގޮތުން ޚިލާފުވިއެއްކަމަކު އެވެ. އަބޫ ޠާލިބު އޭނާގެ އަޚާގެ ދަރި - އިތުރު އެކަލޭގެފާން عليه أفضل الصلاة والسلام - އަށްޓަކައި މި ޝަރަފުވެރި ނިންމުން ނިންމީ މީގެ މައްޗަށެވެ. އެހެނީ "ޢަރަބީންގެ ތެރޭ، އެވެރިންގެ އަޚާ ނުވަތަ ބޮޑުބެ ދަރި — ކުށެއް މަތީވިޔަސް ނޫނީ ހެވެއް މަތީ ވިޔަސް ނުވަތަ ޢަދުލުވެރިކޮށް ވިޔަސް ނޫނީ އަނިޔާވެރިވިޔަސް — އޭނާ އަށް ނަޞްރު ނުދިނުމަކީ ޢައިބެކެވެ. އޭނާ ދޫކޮށްލުމީ ޢައިބެއް ކަމުގުގައި ވުމުގެ މާނައިގައެވެ. ލޭގެ ގޮތުން އަޚާ ނޫނީ ބޮޑުބެ ދަރި އަށް އެހީނުވެ ހުރެއްޖެ ނަމައެވެ... މިހެން ކަމަށްޓަކައި ބުނެވެއެވެ: "އަނިޔާވެރިވިޔަސް ނޫނީ އަނިޔާ ލިބުނަސް، ތިބާގެ އަޚާއަށް ނަޞްރުވެރިވާށެވެ." އަދި މިއީ ޖާހިލިއްޔަތުގެ ޙުކުމެވެ. ... އެހެނީ "ނަޞްރު" ވެރިވުމަކީ އެވެރިންގެ މަފްހޫމުގައި އަބަދުވެސް އެއްބާރުލުން ދިނުމެވެ. އެހެނަސް އިސްލާމް ކަމުގައި އަނިޔާ ވެރިޔަކަށް "ނަޞްރު" ދިނުމަކީ އޭނާގެ އަނިޔާވެރިކަން ނައްތާލުމަށް ނަޞީޙަތް ތެރިވުމެވެ..."[7]
ހަމަކަށަވަރުން އިސްލާމް ކަން އަނިޔާ ވެރިޔަކަށް ނަޞްރު ވެރިވުން ޙަރާމް ކުޅައެވެ. އެހެންކަމުން މާތް ޙަދީޘް ފުޅެއްގައި ވެއެވެ:
(انصر أخاك ظالماً أو مظلوماً. قيل: يا رسول الله... فكيف أنصره ظالماً؟ قال عليه الصلاة والسلام: تمنعه من الظلم فذاك نصرك إياه)
”އަނިޔާވެރިއެއްކަމުގައި އޭނާވާ ވިޔަސް ނޫނީ އަނިޔާ ލިބޭ މީހެއްކަމުގައި އޭނާ ވިޔަސް، ތިބާގެ އަޚާއަށް ނަޞްރުވެރި ވާށެވެ.“ ދެންނެވުނެވެ: ”...އެހެނަސް އަނިޔާވެރިވާ މީހަކަށް ނަޞްރުވެރިވާނީ ކިހިނަކުންތޯއެވެ؟“ ޙަދީޘްކުރެއްވިއެވެ: ”އަނިޔާވެރިވުމުން އޭނާ މަނާކުރާނީއެވެ. އެއީ އޭނާއަށް ލިބޭ ނަޞްރެކެވެ.“[8]
____
* މި ޅެމުގެ އަޞްލު ނެގިފައިވަނީ ”ދިވެހި ސަރިންދާ“ އިން
[1] انظر السيرة النبوية لابن هشام 1/315.
[2] المصدر السابق 1/635.
[3] المصدر السابق 1/292.
[4] مختصر السيرة النبوية، الشيخ محمد بن عبد الوهاب، ص 68-69.
[5] القصيدة: في السيرة النبوية لابن هشام 1/272-280 (وفي طبقات فحول الشعراء ص 244 جزء 1 البيت الثاني من هذه الأبيات).
[6] وردت (بسنة) في رواية أخرى.
[7] تاريخ الإسلام السياسي: 1 / 65 د. حسن إبراهيم حسن.
[8] حديث متفق عليه.
[9] مسند الإمام أحمد 1 / 401 وفي مسند أبي داود: 7 / 17 مختصر المنذري. وقد سكت عنه المنذري.