②
އެއުރެންނާއި މެދު ﷲ ދެން ޤުރުއާން ބާއްވައިލެއްވިއެވެ: { قُلْ أَبِاللَّهِ وَآيَاتِهِ وَرَسُولِهِ كُنتُمْ تَسْتَهْزِئُونَ * لا تَعْتَذِرُوا قَدْ كَفَرْتُمْ بَعْدَ إِيمَانِكُمْ } [التوبة:65 - 66] ”ވިދާޅުވާށެވެ: ތިޔަބައިމީހުން މަލާމާތްކޮށްއުޅުނީ ﷲއާއި އެއިލާހުގެ އާޔަތްތަކާއި އަދި ރަސޫލާއަށް ހެއްޔެވެ؟ އުޒުރުނުދައްކާށެވެ. އީމާންވުމަށްފަހުގައި ތިޔަބައިމީހުން ކާފަރުވެއްޖެއެވެ.” ބަރީޢަ ވުމުގެ ސޫރަތުގައި ﷲ އިތުރަށް ވަޙީ ކުރެއްވި ފަދައިންނެވެ: { وَلَقَدْ قَالُوا كَلِمَةَ الْكُفْرِ وَكَفَرُوا بَعْدَ إِسْلامِهِمْ } [التوبة:74] ”އަދި ހަމަކަށަވަރުން، ކުފުރުގެ ބަސް އެބައިމީހުން ބުންޏެވެ. އަދި އިސްލާމްވުމަށްފަހު، އެބައިމީހުން ކާފަރުވިއެވެ.“ ފުރަތަމަ ދަނޑިވަޅުގައި އެއުރެންނަށް އީމާން ކަން ﷲ ޘާބިތު ކުރެއްވިއެވެ. އަދި ދެވަނަ ދަނޑިވަޅުގައި އެވެރިންނަށް އިސްލާމްކަން ﷲ ޘާބިތުކުރެއްވިއެވެ.
މިހެންކަމުން މީގެން ދަލީލު ކުރަނީ އެވެރިންގެ ކުފުރުގެ ސަބަބަކީ އަދި ދަނޑިވަޅަކީ ބުނި ބަސްކަމެވެ. އެއީ އެއުރެންނަށް ފައިދާއެއް އޮތުމުންނެވެ. ނުވަތަ ދުނިޔެވީ މަންފާއަކުން މަންފާއެއް އޮތުމުންނެވެ. ﷲ عز وجل ވަޙީ ކުރެއްވި ފަދައިންނެވެ: { ذَلِكَ بِأَنَّهُمْ اسْتَحَبُّوا الْحَيَاةَ الدُّنْيَا عَلَى الآخِرَةِ } [النحل:107] (އެއީ ހަމަކަށަވަރުން، އެއުރެން، އާޚިރަތު ގެ މައްޗަށް، ދުނިޔެވީ ޙަޔާތް އިސްކުޅައުމުގެ ސަބަބުންނެވެ.)
އަދި ސޫރަތުލް އަޢުރާފު ގައި ﷲ عز وجل ވަޙީ ކުރެއްވި ފަދައިންނެވެ: { وَاتْلُ عَلَيْهِمْ نَبَأَ الَّذِي آتَيْنَاهُ آيَاتِنَا فَانسَلَخَ مِنْهَا فَأَتْبَعَهُ الشَّيْطَانُ فَكَانَ مِنَ الْغَاوِينَ * وَلَوْ شِئْنَا لَرَفَعْنَاهُ بِهَا وَلَكِنَّهُ أَخْلَدَ إِلَى الأَرْضِ وَاتَّبَعَ هَوَاهُ فَمَثَلُهُ كَمَثَلِ الْكَلْبِ إِنْ تَحْمِلْ عَلَيْهِ يَلْهَثْ أَوْ تَتْرُكْهُ يَلْهَثْ } [الأعراف:174 - 175] ”ތިމަންރަސްކަލާނގެ آية ތައް އެމީހާއަށް ލިބިދެއްވުމުން، އެއިން ވަކިވެގަތް މީހާގެ خبر ކަލޭގެފާނު އެއުރެންނަށް ކިޔައިދެއްވާށެވެ! ދެން شيطان އާ އޭނާގެ ފަހަތުން ދިޔައެވެ. ފަހެ، މަގުފުރެދިގެންވާ މީހުންގެ ތެރެއިން އޭނާ ވިއެވެ. ތިމަންރަސްކަލާނގެ އިރާދަކުރެއްވިނަމަ، އެ آية ތަކުގެ ސަބަބުން އޭނާ މަތިވެރި ކުރެއްވީމުހެވެ. އެހެނެއްކަމަކު، އޭނާ ބިމަށް ލެނބިގަތެވެ. އަދި އޭނާގެ އަމިއްލަ އެދުމަށް تبع ވިއެވެ. ފަހެ، އޭނާގެ މިސާލު، ކުއްތާގެ މިސާލު ފަދައެވެ. އެއަށް حملة ދިނަސް، ދޫނެރެގެން އޮވެ މާނޭވާލައެވެ. ނުވަތަ އޭތިދޫކޮށްލިޔަސް، ދޫނެރެގެން އޮވެ މާނޭވާލައެވެ.“
އެހެންކަމުން ބައެއްފަހަރު ނަޞަބާއި ރިޔާސަތު އަޅާގެ މައްޗަށް ވެރިވެއެވެ. ނޫނީ އޭނާ އާއި ޙައްޤު ދަނެގަނެވުމާއި ދެމެދަށް ހުރަސް އަޅައެވެ. އެއީ އިބްނުލް ޤައްޔިމް رحمه الله تعالى ، "އައްޞަވާއިޤު" ގައި، އޭގެ އަޞްލު އޮތް (ބަސްކޮޅުގައި) ވިދާޅުވި ފަދައިންނެވެ؛ މީސްތަކުންނާއި ޙައްޤު ދެނެގަނެވުމާއި ދެމެދު ގިނަފަހަރަށް ހުރަސްއަޅާ އެއްޗަކީ، ފާސިދު ތައުވީލެވެ. (ދަލީލުތައް ނުބައިކޮށް ފަހުމްވެ މާނަކުރެވުމެވެ.) އަދި މިއީ ޙައްޤު މަޢުރިފާކުރެވުމާއި ޙައްޤަށް މަގުފެނުމުން އޭނާއަށް އެޅިފައިވާ ފަރުދާއެކެވެ. ބައެއްފަހަރު އިންސާނާ އުޅެބޮޑުވަނީ މަގުފުރެދިފައިވާ މުޖުތަމަޢު އެއްގައެވެ. ނޫނީ ބިދުޢަވެރި މުޖުތަމަޢު އެއްގައެވެ. މުރުޖިޢާއިންގެ ނޫނީ މަގުގެއްލި މަގުފުރެދިފައިވާ އަހުލުންގެ ރާސްތާއެއްގައެވެ. ދެން މުޖުތަމަޢު ތެރޭގައި އެ އޮވެ ބޮޑުވެއެވެ. އެހެންކަމުން މީގެ މަތިން އޭނާ އަނެކުންނަށް، އެ ބިދުއައިގެ މަތިން ޙުކުމް ކުރެއެވެ. އެއީ ﷲ ގެ ޝަރީޢަތުމަތިންނެއް ނޫނެވެ. އެހެންކަމުން މިމުޖުތަމަޢު އާއި ޚިލާފުވާ ކޮންމެ ކަމަކީ ހަރުކައްޓެވެ. ނޫނީ މަގުފުރެދުމެވެ. ނޫނީ މަގުއޮޅުމެވެ. އެހެންކަމުން އޭނާ ﷲ ގެ ފޮތާއި ﷲ ގެ ރަސޫލު ﷺ ގެ ސުންނަތަކުން މީސްތަކުންނަށް ގޮތް ނުނިންމައެވެ. އަދި މިއިން މަޝްހޫރު އިމާމް، އިބްނު ޢުޤައިލުލް ޙަންބަލީ رحمه الله تعالى ބަސްފުޅު މާނަ ކޮށް ދެއެވެ. މިހެން ވިދާޅުވި ހިނދެވެ: އާދަތަކާއި ޠަބީޢަތްތައް ޝަރުޢުތަކުގެ މައްޗަށް ގަދަވެފައިވެއެވެ. އަދި ޙަޤީޤަތުގައި މީސްތަކުންގެ ތެރެއިން އެތައް ބައެއްގެ ތެރޭގައި.... އާދަކާދަ ތަކާއި ޠަބީޢަތް ތައް ޝަރުޢު ތަކުގެ މައްޗަށް ވަނީ ގަދަވެފައެވެ... އެހެނަސް މީސްތަކުން ތެރޭ މިއަށް ރައްކާތެރިވެ ބަލަހައްޓާ މީހުން ވެއެވެ. އަދި މީސްތަކުންގެ ތެރޭ އެބައެއްގެ ހިތްތައް ﷲ ކަނުކުރައްވާފައިވާ މީހުންވެއެވެ. އެހެންކަމުން އޭނާއަށް އެއްވެސް އެއްޗެއް ނުދަނެވެއެވެ. ﷲ عز وجل އެމީހާ އަދި އެފަދަ މީހާ އާއި ބެހޭ ގޮތުން ވަޙީ ކުރެއްވި ފަދައިންނެވެ:
=
➋
ވިދިގެން އަންނަ އާޔަތުގައި، اللَّه تعالى މިހޭދަކުރުން ހޭދަކުރާ މީހުންނާއި މެދު، އެވެރިންގެ ބުނުމެއް ގޮތުގައި، ހާމަކުރެއްވިއެވެވެ:
إِنَّمَا نُطْعِمُكُمْ لِوَجْهِ ٱللَّهِ لَا نُرِيدُ مِنكُمْ جَزَآءً وَلَا شُكُورًا
"ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ، اللَّه ގެ ވަޖުހު ފުޅަށްޓަކައެވެ. ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް (އެބަހީ: ބަދަލެއް) ، އަދި ޝުކުރެއްވެސް ތިމަންމެން ނޭދެމުއެވެ."
އައްޠަބަރީ އެކަލޭގެފާނުގެ ތަފްސީރުގައި ވިދާޅުވިއެވެ:
މުޖާހިދު ވިދާޅުވިއެވެ: "އެވެރިން އެކަމުގެ ވާހަކަ ނުދައްކަތެވެ. އެހެނަސް اللَّه އެއުރެންގެ ހިތްތަކުގެ ތެރެ ދެނެވޮޑިގެންވިއެވެ. އެހެންކަމުން މިކަމަށް ހިތްޖެހޭނެ ބަޔެއް ހިތްޖެއްސެވުމަށްޓަކައި އެއިލާހު އެކަން ހާމަކުރެއްވިއެވެ."
އަދި ސަޢީދު ބުނު ޖުބައިރު ވިދާޅުވިއެވެ: "އެހެނީ اللَّه ގަންދީ ބުނަމެވެ. ހަމަކަށަވަރުން އެވެރިންގެ ދޫތަކަކުން އެވެރިންނެއް އެބަސްތަކެއް ހާމައެއް ނުކުރެއެވެ. އެހެނަސް އެވެރިންގެ ހިތްތަކުން اللَّه އެކަން (އެބަސްތައް) ދެނެވޮޑިގެންވިއެވެ. އެހެންކަމުން އެއިން އެވެރިންނަށް ޘަނާ ކިއުއްވިއެވެ. އެއީ މިކަމުގައި ހިތްޖެހޭނެ ބަޔެއް ހިތްޖެއްސެވުމަށްޓަކައިއެވެ."(3)
________
(1) އަލްބަޣަވީގެ ބަސްކޮޅު މިހިސާބަށް. 8 / 294
(2) ތަފްސީރު އައްޠަބަރީ 24/96
(3) ތަފްސީރު އައްޠަބަރީ 24/96
2/2
🔻
{...وَلِتُكَبِّرُوا۟ ٱللَّهَ عَلَىٰ مَا هَدَىٰكُمْ وَلَعَلَّكُمْ تَشْكُرُونَ}
[...އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް اللَّه އަށް ތަކްބީރު ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) ޝުކުރު ވެރި ވުމަށްޓަކައެވެ.]
الله أكبر.. الله أكبر.. الله أكبر
އިސްލާމް ކަމަށް އަހަރެމެންނަށް ހިދާޔަތް ދެއްވި اللّٰه އަށް ޙަމްދު ކުރަމެވެ. އަދި އެއިލާހަށް ކިޔަމަންގަތުމުގެ ނިޢުމަތް އަހަރެމެންނަށް ދެއްވީތީވެސް އެވެ. އެއިލާހުގެ ފަޟުލުވަންތަ ކަމާއި ދީލަތިވަންތަކަމަށް ޝުކުރުހުއްޓެވެ. އެއިލާހު ހަޒުރަތުން ރަޙްމަތާއި މަޣްފިރަތާއި ޤަބޫލަށް އެދި ދަންނަވަމެވެ.
تَقَبَّلَ اللَّهُ مِنَّا وَمِنْكُم صالح الأعمال. (އަހަރެމެންނާއި ތިބާ ފުށުން (އަދައުކުރި) ޞާލިޙު ޢަމަލުތައް، اللّٰه ޤަބޫލުކުރައްވާށިއެވެ.
ޙަދީޘް ޢިލްމުގެ އަމީރުލް މުއުމިނީން، ޝުޢުބަތު ބުނުލް ޙައްޖާޖު ވިދާޅުވި އެވެ: ޢީދު ދުވަހު ޔޫނުސް ބިން ޢުބައިދު އާއި ބައްދަލުވުމުން ވިދާޅުވިއެވެ: «تَقَبَّلَ اللَّهُ مِنَّا وَمِنْكَ» (އަހަރެމެންނާއި ތިބާގެ ފުށުން اللّٰه ޤަބޫލު ކުރައްވާ ށިއެވެ.) ❝
— އަލްމުޙައްދިޘް، އަބޫ ޞުޙައިބް، ޚާލިދުލް ޙާއިކު
~ ގަލަންދާނު
--------------------------
ނޯޓް: އައްޝެއިޚް، އަލްޙާފިޠު ޢަބްދު اللّٰه އައްސަޢްދު ވިދާޅުވިއެވެ: ”އަޞްޙާބު ބޭކަލުން އަރިހުން، ޢީދުގައި އެބޭކަލުން " تقبل الله منا ومنكم" މިހެން ވިދާޅުވާކަމަށް ވާރިދުވެފައިވެއެވެ.“
🔻
ދުނިޔޭގެ އެކިކަންކޮޅުތަކުގައި ޝަރުޢީ ހަމަތަކުން، ހަނދު ފެނިފައިވާތީ، މިއަހަރުގެ ޝައްވާލު މަހުގެ 1 އަދި ފިޠުރު ޢީދު ދުވަހަކީ، މާދަމާ ،21 އޭޕްރިލް ވާ ހުކުރު ދުވަސް ކަމުގައި ވަނީ އިޢުލާން ވެފައެވެ.
~ ގަލަންދާނު
https://twitter.com/SBAgovSA/status/1649082950984560641
➋
އަދި ތާބިޢީންގެ ތެރެއިން ބައިގަނޑެއްގެ އަރިހުން މިކަމުގެ މައްޗަށް ޝަރުޠެއް ލާޒިމު ނުކޮށް ހުއްދަ އައިސްފައިވެއެވެ:
ހ.
އަލްޙަސަން އަލްބަޞްރީ ވިދާޅުވިއެވެ: "ދިރުހަމުން ފިޠުރު ޒަކާތް ދިނުމުގައި މައްސަލައެއް ނެތެވެ."(4)
ށ.
ޒުހައިރް ބިން މުޢާވިޔާ ވިދާޅުވިއެވެ. އަބޫ އިސްޙާޤް (އައްސަބީޢީ) ވިދާޅުވާތީ އަހަރެން އަޑުއެހީމެވެ: "އަހަރެން އެވެރިންނާއި ބައްދަލުވިއެވެ. (އެބަހީ ކޫފާގައި ތިއްބެވި، ޞަޙާބީން އަދި ތާބިޢީންގެ އެންމެ ބޮޑެތި ބޭފުޅުން) އަދި އެވެރިން ރަމަޟާން މަހުގެ ޒަކާތް ގޮތުގައި އެއަށްވާ އަގުން ދިރުހަމް ނެރުއްވައެވެ." (އަލްޢުލްވާން، އައްޠަރީފީ އަދި އަލްޙަސަނީ މިރިވާޔަތް ޞައްޙަކުރެއްވި)
ނ.
ޤުއްރަތު ބުނު ޚާލިދް އައްސުދޫސީ ވިދާޅުވިއެވެ: "ފިޠުރު ޒަކާތާއި ބެހޭގޮތުން ޢުމަރު ބުނު ޢަބްދުލް ޢަޒީޒް ފޮނުއްވެވި ސިޓީ އަހަރެމެންނަށް އައެވެ. (އޭގައި ވިއެވެ) "ކޮންމެ އިންސާނަކަށް ބައި ޞާޢު އެވެ. ނޫނީ އެއާއި އެއްހަމަ ވެގެންވާ އަގު ބައި (ޞާޢު އަށް) ދިރުހަމެވެ." އަދި މިކަން ޘާބިތެވެ. އަދި އިބްނު ޢަޥްން ގެ އަރިހުން ޢުމަރު ބުނު ޢަބްދުލް ޢަޒީޒް ގެ އަރިހުން މިއަށް ތަބާވެއެވެ.
އަބޫ ޢަލީ އަލްޙަސަނީ ވިދާޅުވިއެވެ:
"މިއީ ޙަދީޘް އައުމުގެ އުޞޫލަށް ޖާހިލު މީހެއް މެނުވީ މި ބަލިކަށި ނުކުރާނޭ ޞައްޙަ ސަނަދެކެވެ. އަދި ޢުމަރު އަކީ އަމީރުލް މުއުމިނީން އެވެ. އަދި މިސިޓީ އަކީ ޝަހަރުތަކަށް ޢާންމު އެންގެވުމެކެވެ. އަދި އެޝަހަރު ތަކުގައި ޞަޙާބީން ވިއެވެ. ޢުމަރު އަކީ ތާބިޢީ ބޭފުޅެކެވެ. އަނަސް އާއި ޢުޤްބަތު ބުނު ޢާމިރުލް ޖުހަނީ އާއި ސަހްލު ބުނު ސަޢްދު އާއި ބައްދަލުވެވަޑައިގަތެވެ. އެބަހީ ނަބިއްޔާ ﷺ ގެ އަޞްޙާބުންނާއި ބައްދަލުވެވަޑައިގެންނެވިއެވެ. އެއީ ތާބިޢީ އެކެވެ. އަދި އާދައިގެ ތާބިޢީ އެއް ނޫނެވެ. އެހެނީ އެއީ އަމީރުލް މުއުމިނީން އެވެ. އަދި އެއްވެސް ޞަޙާބީއެއް (ޢުމަރު ބުނު ޢަބްދުލް ޢަޒީޒް ގެ) މިޢަމަލުފުޅަށް އިންކާރުކުރެއްވި ކަމެއް އެގެން ނެތެވެ."
މިއެންމެހާ ރިވާޔަތެއްވެސް ރިވާކުރައްވާފައިވަނީ އަބޫ ބަކުރު އިބްނު އަބީ ޝައިބާ އެކަލޭގެފާނުގެ "އަލް-މުޞައްނަފު" ގައެވެ.(5)
ފައިދާއެއް: އައްނަވަވީ އާއި އިބްނު ޙަޖަރު ފާހަގަ ކުރެއްވިގޮތުން މިއީ އަލްބުޚާރީގެ ވެސް ރައުޔެވެ. އިބްނު ރަޝީދު ވިދާޅުވިއެވެ: "އަލްބުޚާރީ މިމައްސަލައިގައި އެއްބަސް ވެލެއްވީ ޙަނަފީންނާއި އެވެ. އެއީ އެވެރިންނާއި ގިނަގުނަކޮށް (އެހެންކަންކަމުގައި) ޚިލާފުވުމާއި އެކުގައެވެ. އެހެނަސް މިނިންމެވުމަށް ވަޑައިގެންނެވީ ދަލީލުގެ މައްޗަށެވެ." (6)
____________
(4) އަބޫ ޢަލީ ޙަސަނީ ވިދާޅުވިއެވެ: މިއީ ޞައްޙަ އެކަލޭގެފާނު އަރިހުން ޘާބިތު ބަސްފުޅެކެވެ.
(5) އަލް-މުޞައްނަފު (ޖުޒުޢު 2 ޞ. 398)
(6) އިތުރަށް ބައްކަވާ
📚 ޒަކާތް ދިނުން ވަނީ މުއުމިނުންނަށެވެ.
އިބްނު ޢައްބާސް رضي الله عنهما އަރިހުން ޔަމަނުގެ އަހުލުންހެ ގާތަށް މުޢާޛު رضي الله عنه ފޮނުއްވެވުނު ޙާދިޘާގައި ރިވާވެގެންވެވެ:
ނަބިއްޔާ ﷺ މުޢާޛު رضي الله عنه އަށް ޙަދީޘް ކުރެއްވިކަމަށެވެ:
{ أَعْلِمْهُمْ أَنَّ عَلَيْهِمْ صَدَقَةً تُؤْخَذُ مِنْ أَغْنِيَائِهِمْ وَتُرَدُّ فِي فُقَرَائِهِمْ }
"އެވެރިންނަށް އަންގާށެވެ: ހަމަކަށަވަރުން އެވެރިންގެ މައްޗަށް އައްޞަދަޤާ (ޒަކާތް) ވެއެވެ. އެވެރިންގެ ތެރެއިން މުއްސަނދީންގެ އަތުން އެނެގެވި އެވެރިންގެ ފަޤީރުންނަށް އެރައްދުކުރެވެއެވެ."
މީގެ ޝަރަހައިގައި، އައްނަވަވީ ވިދާޅުވިއެވެ: "ޒަކާތުން އެއްވެސް އެއްޗެއް ކާފަރަކަށް ދިނުން ހުއްދަވެގެން ނުވެއެވެ. ފިޠުރު ޒަކާން ނޫނީ މުދަލު ޒަކާތް ކަމުގައި ވިޔަސް އެވެ. މިކަމުގައި އަހަރެމެން ތެރެއަކު ޚިލާފެއް ނުވެއެވެ. އިބްނުލް މުންޛިރު (މުސްލިމުންގެ ޒިންމާގެ ދަށުގައި ޖިޒިޔަ ދައްކައިގެން ތިބޭ ޛިއްމީ ކާފަރުންނާއި މެދު) ވިދާޅުވިއެވެ: ޛިއްމީންނަށް މުދަލު ޒަކާތް ދިނުން ހުއްދަވެގެން ނުވާ ކަމަށް މުޅި އުއްމަތް ވަނީ އިޖުމާޢުވެފައެވެ. އަދި ފިޠުރު ޒަކާތުގައި އިޚްތިލާފުވިއެވެ. އެހެންކަމުން އަބޫ ޙަނީފާ އެ ހުއްދަކުރެއްވިއެވެ. ...އަދި މާލިކު އާއި އައްލައިޘް އާއި އަޙްމަދު އަދި އަބޫ ޘަޥްރު ވިދާޅުވިއެވެ: "އެވެރިންނަށް (ޛިއްމީންނަށް) އެދިނުމެއް ނުވެއެވެ. "(1)
ޝެއިޚުލް އިސްލާމް ވިދާޅުވިއެވެ:
الله އަށް ކިޔަމަންތެރިކަމުގައި އެހޭދަނުކުރާނޭ މީހަކަށް ޒަކާތް ދިނުމެއް ނުވެއެވެ. އެހެނީ، ހަމަކަށަވަރުން الله تعالى އެ ފަރުޟު ކުރެއްވީ އެއިލާހަށް ކިޔަމަންގަތުމުގައި މަދަދަކަށް، އެއަށް ބޭނުންޖެހިފައިވާ މުއުމިނުން ތެރެއިން މީހުންނަށެވެ. އެއީ ފަޤީރުންނާއި (މިނިވަންވުމަށް ލިޔެވި މަސައްކަތް ކުރަމުންދާ) އަޅުންނަށެވެ. އަދި މުއުމިނުންނަށް މަދަދު ދޭމީހުންނާށެވެ. އެހެންކަމުން އެއަށް ބޭނުންޖެހިފައިވާ މީހުން ތެރެއިން ވިޔަސް، (މިސާލަކަށް) ނަމާދު ނުކުރާ މީހާ، އޭނާއަށް އެއްވެސް އެއްޗެއް - ތަޥްބާވެ ނަމާދު އަދާއު ކުރުމުގައި ލާޒިމް ވެއްޖައުމަށް ދާންދެން - ދިނުމެއް ނުވެއެވެ." (2)
___________
(1) އަލްމަޖްމޫޢު 6/221
(2) އަލްފަތާވާ އަލްކުބްރާ 4/456
📚 ފިޠުރު ޒަކާތް ކިހާ ދުވަހެއް ކުރިން ނެރެވިދާނެ ހެއްޔެވެ؟
ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅަކީ، ޢީދު ދުވަހުގެ އެއްދުވަސް އަދި ދެދުވަސް ކުރިން ޒަކާތް ނެރުން ހުއްދަކަމެވެ. އަދި މިއީ މާލިކީން ގެ ބަސްފުޅެވެ. އަދި ޙަންބަލީންވެސް މިއަށް އެއްބެސް ވެލެއްވިއެވެ. އެއީ މިކަމުގެ މައްޗަށް އަލްބުޚާރީ ރިވާކުރައްވާފައިވާ، އިބްނު ޢުމަރުގެ ބަސްފުޅުގެ މައްޗަށެވެ. އަދި ޝާފިޢީންވެސް މިރައުޔު ނެންގެވިއެވެ. އަދި 3 ދުވަސް ކަމަށްވެސް ވިދާޅުވެއެވެ. އެއީ "އަލްމުދައްވަނާ" ގައި މާލިކު، ނާފިޢު އަރިހުން، އިބްނު ޢުމަރު ޒަކާތް ބަހާ މީހުންނަށް އޭގެ ދެތިން ދުވަސް ކުރިން ދެއްވާކަމަށް އައިސްފައިވާ ބަސްފުޅުގެ މައްޗަށެވެ.
ޖުމްހޫރުންނާއި ޚިލާފަށް، ޙަނަފީންގެ ޤައުލަކީ، ރޯދަމަސް ފެށުމާއި އެކު ޒަކާތް ނެރެވިދާނޭކަމެވެ. އަދި މިކަން ބިނާ ކުރައްވަނީ، ޒަކާތް ނެރުން މިވަނީ ރޯދައިގެ ސަބަބުން ކަމަށްވާތީއެވެ.
އަދި މިކަމުގައި ރާޖިހު ވެގެންވަނީ ޖުމްހޫރުން ގެ ބަސް ފުޅެވެ. އެއީ އެކެއް ނުވަތަ ދެދުވަސް (ނުވަތަ ގިނަވެގެން ތިން ދުވަސް) ކުރިން ނެރުން ހުއްދަވުމެވެ.
އިބްނު ޤުދާމާ (އަލްމުޣްނީ 2 / 676) ގައި ވިދާޅުވިއެވެ: "އެވާޖިބުވާ ސަބަބަކީ ފިޠުރު އެވެ. (ރޯދަ ނިމުމެވެ.) އެ ނަންގަނެވިފައިވަނީ މިއާއި ވިދިގެން ކަމީ މިކަމުގެ ދަލީލެކެވެ. އަދި މަޤްޞަދަކީ، ފަޤީރުން ވަކި ވަޤުތެއްގައި ޙާއްޖަތަށް ޖެހުމުން މިންޖުކޮށް ދިނުމެވެ. އެހެންކަމުން އެވަޤުތުގެ ކުރިން އެނެރުން ހުއްދައެއް ނޫނެވެ."(1)
__________
(1) އިތުރަށް ބައްލަވާ
➍ « ފިތުރު ޒަކާތް ނަގުދު ފައިސާއިން ނެރެވިދާނެތޯ؟ »
—މިއީ ގަލަންދާން "ފިޠުރު ޒަކާތުގެ ފިޤުހު" ލިޔުމުގެ އޯޑިއޯ އެކެވެ. އޯޑިއޯ ޝާއިޢު ކުރެއްވީ "ހިދާޔަތް ރޭޑިއޯ" އިންނެވެ.
Allahge thaarafeh. (Allahge tasahvareh beynunva meeha adu assalahva)
https://www.youtube.com/watch?v=DtdFUjHJVE4
📚 ފިޠުރު ޒަކާތް އަމިއްލަޔަށް ބެހުން މޮޅުއިތުރެވެ.
ހ.
އިންސާނާ އަމިއްލައަށް އޭނާގެ ފިތުރު ޒަކާތް ބެހުމީ މޮޅު އިތުރު ގޮތެވެ. އައްޝާފިޢި ވިދާޅުވިއެވެ: "އެބެހުމަށް އެއްކުރާ ފަރާތަކާއި ހަވާލުކުރުމަށްވުރެ އަހަރެން ޚިޔާރުކުރަނީ އަމިއްލަޔަށް ފިތުރު ޒަކާތް ބެހުމަށެވެ. "
އައްނަވަވީ "އަލްމުޖްމިޢު" ގައި ވިދާޅުވިއެވެ: "އައްޝާފިޢީ "އަލްމުޚްތަޞިރް" ގައި ވިދާޅުވިއެވެ: "ފިތުރު ޒަކާތް ބެހެވުން ވަނީ މުދަލު ޒަކާތްވެސް ބެހޭ މީހުންނަށެވެ. އަހަރެން ލޯބިކުރަކީ އަހަރެން ހޭދަކުރަން ލާޒިމުނުވާ ގާތްތިމާގެ މީހުންނަށް އެބެހުމަށެވެ." އަދި ވިދާޅުވިއެވެ: "އެބެހުމަށް އެއްކުރާ މީހަކާއި ހަވާލު ކުރުމަށް އެދޭނަމަ، އެކަން އެމީހަކަށް ހުއްދައެވެ - إنْ شَاءَ اللَّهُ تَعَالَى. އަދި މޮޅު އިތުރީ އަމިއްލަޔަށް ފިޠުރު ޒަކާތް ބެހުމެވެ. އޭނާ (މުސްލިމުންގެ) އިމާމް އަށް ނޫނީ އެއެއްކުރާ ފަރާތް ނޫނީ މީސްތަކުންނަށްޓަކައި ބަހައިހެދުމަށް އެއްކުރާފަރާތަކާއި ހަވާލުކޮށް، އޭނާގެ ބައި ބެހުމަށް އިޛުނަ ދިނުމުގައި މައްސަލައެއް ނެތެވެ. އެހެނަސް އޭނާ އަމިއްލައަށް އެބެހުން، މިއެންމެހާ ގޮތަކަށް ވުރެ މޮޅުއިތުރެވެ."
ށ.
އަދި އިތުބާރު ހިފޭ މީހެއް އެކަން ކުރުމަށް ތިމާ ފަރާތުން ވަކީލެއް ގޮތުގައި ހަމަޖެއްސުން ހުއްދައެވެ. އިތުބާރެއް ނެތްނަމަ ހުއްދައެއް ނޫނެވެ.
ޢަބްދު اللَّهِ ބުނު އަލް މުއައްމަލް ވިދާޅުވިއެވެ: އަހަރެން އިބްނު އަބީ މުލައިކާ އަރިހުން އަޑުއެހީމެވެ. އަދި މީހަކު އެކަލޭގެފާނު ގާތުގައި ބުންޏެވެ: "ފިޠުރު ޒަކާތް މިސްކިތުގައި ދޫކުޅައުމަށް 'މިވެނި މީހެއް' އަހަންނަށް އަމުރުކޮށްފިއެވެ." އިބްނު އަބީ މުލައިކާ ވިދާޅުވިއެވެ: ތިބާއަށް ފަތުވާ ދިނީ ރައުޔެއް ނެތް ޢިލްޖެއް ހެއްޔެވެ؟ (އަމިއްލަޔަށް) އެ ބަހާށެވެ. އެހެނީ ހަމަކަށަވަރުން، (މިސްކިތުގައި އެ އެއްކުރުމަށް ހަވާލުވެ ހުރި ސަރުދާރު) އިބްނު ޙިޝާމް އެބަހާނީ އޭނާގެ ސިފައިންނާއި އެނާ އެދޭމީހަކަށެވެ. (އެބަހީ، އެޔަށް ޙައްޤު ނޫން މީހުންނަށެވެ.)(1)
ނ.
އިމާމް އަޙްމަދު ވިދާޅުވިގޮތުން، (ކޮންމެ ފަރުދެއް މައްޗަށް ނެރެން ވާޖިބު ޒަކާތުގެ މިންވަރު) 1 ޞާޢު، ބައިވަރު މީހުންގެ ޖަމާޢަތަކަށް (ބައިކޮށްފައި) ބަހާލެވިދާނެއެވެ. އަދި ބައިވަރު ޞާޢު ތަކެއް (މިސާލަކަށް އެއް އާއިލާގެ ޒަކާތް އެއްކޮށް) އެންމެ ފަރުދަކަށްވެސް ދެވިދާނެއެވެ.
އަދި މާލިކު ވިދާޅުވިއެވެ: "މީހެއް އެނާގެ އަދި އެނާގެ ޢާއިލާގެ ފިޠުރު ޒަކާތް އެއް މިސްކީނަކަށް ދިނުމުގައި މައްސަލައެއް ނެތެވެ."(2)
(ޒަކާތުގެ މިންވަރު) އެއް ޞާޢު އަކަށް ވުރެ މަދުން ފަޤީރަކަށް ދޭނަމަ، އެވާހަކަ އޭނާކައިރީ ބުނަންޖެހޭމެއެވެ. އެހެނީ ފަޤީރު މީހާ އޭނާގެ އަމިއްލަ ޒަކާތަށް އޭތި ނެރެފާނެތީއެވެ.
އަދި ފަޤީރަކަށް މީހަކު ފިޠުރު ޒަކާތް ދީފިނަމަ، އަދި އޭނާއަށް ބޭނުންވާ ޙާއްޖަތަށްވުރެ އިތުރު ވެއްޖެނަމަ، އޭނާގެ އަމިއްލަ ނަފްސަށް ނޫނީ ޒިންމާ ވާ ފަރާތެއްގެ މައްޗަށް ފިޠުރު ޒަކާތް ގޮތުގައި އެނެރުން ހުއްދައެވެ. އެއީ އެބައި (ފިޠުރު ޒަކާތަށް) ފުދިގެންވާނަމައެވެ.
_____
(1) الأم : باب ضيعة زكاة الفطر قبل قسمها .
(2) المدونة ج1 باب في قسم زكاة الفطر
*އިތުރު ތަފްޞީލަށް އިސްލާމަ ސުވާލާއި ޖަވާބުގެ މިލުޔުން (ޢަރަބި) ބައްލަވާ.
ވާޖިބު ރޯދަ ހިފުމާއި ނުހިފުމުގެ މައްޗަށް ވަކިގޮތެއް ނުނިއްމައި ހުރެއްޖެ މީހާ
ވާޖިބު ރޯދަޔެއް ހިފާނެތޯ ނުހިފާނެތޯ އާއި މެދު ދެއަތަށް ކިރިކިރި ހުރެ، އެގޮތުގައި ނިދައިފިމީހެއް، އަނެއް ދުވަހު އޭނާ ރޯދައަށް ހުރެއްޖެނަމަ އެރޯދަ ޞައްޙަވެގެންނެއް ނުވެއެވެ. އަދި އޭނާގެ މައްޗަށްވަނީ އެރޯދަ އަލުން ޤަޟާއު ކުރުމެވެ. އަދި މިއީ މަޛްހަބުތަކުގެ ތެރެއިން ޖުމްހޫރު ޤައުލެވެ. މާލިކީން(1) ނާއި ޝާފިޢީން(2) ނާއި ޙަންބަލީން(3) ގެއެވެ. އަދި މިއީ ޙަނަފީންގެ ތެރެއިންވެސް ބަޔެއް ބޭފުޅުންގެ ޤައުލެވެ.(4)
އެހެނީ މިއީ ރޯދަ ޞައްޙަވުމުގެ ޝަރުޠުތަކުގެ ތެރެއިން ޝަރުޠަކާއި ޚިލާފުވާ ކަމެކެވެ. އެއީ ނިޔަތެވެ. ނިޔަތަކީ، ކަމެއް ކުރުމަށް ހިތުގެ އަޑީގައި ކަނޑައެޅުމެވެ. އަދި ދެއަތަށް ކިރުން، މިކަން ނަފީކޮށްލައެވެ. އަދި މިޝަރުޠު ގެއްލިދާ ކޮންމެ ހިނދެއްގައި ރޯތަ ފަސާދަވެއެވެ. އަދި ޤަޟާއު ކުރުން ވާޖިބުވެއެވެ.(5)
___________
1 -((حاشية الدسوقي)) (1/520).
2 - قال النووي: (لو عَقَّبَ النيَّةَ بقوله: إن شاء اللهُ، بقلْبِه أو بلسانِه، فإن قصَدَ التبرُّكَ أو وقوعَ الصَّومِ وبقاءَ الحياةِ إلى تمامِه بمشيئةِ الله تعالى لم يَضُرَّه، وإن قصَدَ تعليقَه والشَّكَّ لم يصِحَّ صَومُه، هذا هو المذهَبُ، وبه قطَعَ المُحَقِّقونَ) ((المجموع)) (6/298)، ويُنظر: ((مغني المحتاج)) للشربيني (1/425).
3 - قال الحجَّاوي: (ومن قال أنا صائم غدًا إن شاء الله: فإن قصَدَ بالمشيئةِ الشَّكَّ والتردُّدَ في العَزمِ والقصد، فسَدَتْ نيَّتُه وإلَّا لم تفسُدْ؛ إذ قَصْدُه أنَّ فِعلَه للصَّومِ بمشيئةِ اللهِ وتَوفيقِه وتيسيرِه) ((الإقناع)) للحجاوي (1/309).
4 - قال الزيلعي: (وفي جوامِعِ الفِقهِ إذا قال: نويتُ أن أصومَ غدًا إن شاء الله تعالى؛ صَحَّت نيتُه؛ لأنَّ النيَّةَ عَمَلُ القلب دون اللِّسانِ، فلا يَعمَل فيه الاستثناءُ، وفي الذخيرة ذكَرَ شمس الأئمة الحلواني أنَّه لا رواية لهذه المسألة، وفيها قياسٌ واستحسانٌ؛ القياس: أن لا يصيرَ صائمًا، كالطَّلاق والعِتاقِ والبيع، وفي الاستحسان: يصيرُ صائمًا؛ لأنَّه لا يرادُ الإبطالُ بل هو للاستعانةِ، وطلبًا للتَّوفيقِ) ((تبيين الحقائق)) (1/316).
5 - (( الشرح الممتع)) لابن عُثيمين (6/358).
📌 މި ދުޢާ ގެ ޞައްޙަ މިންވަރަކީ ކޮބައިތޯއެވެ: اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ ...؟
ޖަވާބު:
الحمد لله އަދި އަހަރެމެން ވާތްގަށް އެދެނީ އެއިލާހު ޙަޟުރަތުންނެވެ.
ޢާއިޝާ رضي الله عنها ގެ ޙަދީޘް، އެކަމަނާ ވިދާޅުވިއޭ: ތިމަންކަމަނާ ދެންނެވީމެވެ : އޭ ﷲގެ ރަސޫލެވެ! ލައިލަތުލް ޤަދްރި ރެޔަކީ ކޮންރެޔެއްކަން ތިމަންކަމަނާއަށް އެނގިއްޖެ ނަމަ، އެރޭގައި ކިޔަންވީ ކޮންއެއްޗެއްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ: ކަމަނާ ވިދާޅުވާށެވެ : «اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ العفْوَ فاعْفُ عنِّي» (އޭ ﷲ އެވެ. އިބަ ﷲ އީ ގިނަގިނައިން ޢަފޫކުރައްވާ، ޢަފޫ ކުރެއްވުމަށް ލޯބިކުރައްވާ އިލާހެވެ. މިއަޅާއަށް ޢަފޫކޮށްދެންވާނދޭވެ!)
ރިވާކުރެއްވީ އައްތިރުމިޛީ އަދި އައްނަސާއީއެވެ. އަދި (އައްނަސާއީ) ވިދާޅުވިއެވެ: ”މިރިވާޔަތް މުރްސަލް އެވެ. (ރިވާކުރެއްވުނު ގާތުން އަޑު އެހި މީހާ ސަނަދުގައި ނެތެވެ). އަދި މީގައިވާ ބަލިކަށި ކަމަކީ، ޢާއިޝާ އަރިހުން އިބްނު ބުރައިދާ އަޑު އަހާފައި ނެތުމެވެ. މިފަދައިން އައްދާރަޤުޠުނީ ވިދާޅުވިއެވެ. އަދި އަލްބައިހާޤީ އެއަށް ތަބައުވެލެއްވިއެވެ. އަދި އިބްނު ޢަބްދުލް ހާދީ ވިދާޅުވިއެވެ: މިޙަދީޘް އާއިމެދު ދެބަސްވުން ވެއެވެ.“
އަދި އެއީ (މިރިވާޔަތް ޞައްޙަ ކަމަށް ވިދާޅުވި) އަލްޙާކިމް އަށްދެއްވި ރައްދެކެވެ. އަދި މިއީ އެޙަދީޘް ގައި ބަލިކަށިކަން އެކުލެވޭ ކަމުގެ އިޝާރާތެކެވެ. އަދި (ސަނަދުގައި) މެދުކެނޑުން ވާކަން އޭގެ ބަލިކަށިވުމަކަށް ފުދެއެވެ!
އަދި ޢާއިޝާ ގެ ޙަދީޘް ގެ (އެހެން) ލަފްޠެއް ގައި ވެއެވެ: «اللَّهُم إِنك عفُوٌّ كَريم تُحب العَفو، فَاعفُ عنّي» ރިވާކުރެއްވީ އައްތިރުމިޛީ އެވެ. އަދި މީގައި މިވާ އިތުރު ތަންކޮޅު «كَرِيم» މިއީ އޭގެ އެއްވެސް އަޞްލެއް ޢާއިޝާގެ ޙަދީޘް ގައިނުވާ އިތުރުކުރުމެކެވެ: އެހެނީ އައްތިރުމިޛީ ގެ (ސުނަން ފޮތުގެ ކޮޕީ ތަކުގެތެރެއިން) އަލްކަރޫޚީ ލިޔުއްވުމުގެ ކޮޕީ ގައި މިއެއް ނުވެއެވެ. އަދި އެއީ އައްތިރުމިޛީ ގެ ކޮޕީ ތަކުގެތެރެއިން އެންމެ ޞައްޙަކަން ބޮޑު ކޮޕީއެވެ.
އަދި މިޙަދީޘް އައްތިރުމިޛީ ވަނީ ޞައްޙަ ކުރައްވާފައެވެ. އަދި ވިދާޅުވިއެވެ: ”މިޙަދީޘް ޙަސަން ޞަޙީޙް އެވެ.“ އަދި ހަމަ އެފަދައިން އަލްޙާކިމް ވެސް މިޙަދީޘް ޞައްޙަ ކުރެއްވިއެވެ. އަދި އައްނަވަވީ އާއި އެނޫން ބޭކަލުން އެބޭކަލުންނަށް ތަބަޢަވެ ލެއްވެވިއެވެ.
އަލްއިމާމް އައްދާރަޤުޠުނީ ވަނީ ޢާއިޝާ އަރިހުން ސުލައިމާން ބުނު ބުރައިދާ އަޑުއިވުމެއް ނުވާ ކަމަށް ކަނޑައަޅުއްވާފައެވެ. އަދި ޢާއިޝާ އަރިހުން ޢަބްދު ﷲ ބުނު ބުރައިދާ އަޑު އަހާފައި ނުވެއެވެ. އެހެންކަމަށް ވަނީނަމަ، މިޙަދީޘް (ސަނަދު މެދުކެނޑުމެއްނެތި) ގުޅިފައިވާ ކަމަށް ޙުކުމް ކުރެވުނީ ފަހެ ކިހިނަކުން ހެއްޔެވެ؟ ދެން މިއާއިއެކު، (އެބޭފުޅުންނެއް ނެތި) އެކަމަނާ އަރިހުން އަޑު އަހާފައި ނުވާ ޢަބްދު ﷲ ބުނު ބުރައިދާ މީގައި އައުމަށް ޢާއިޝާގެ އަޞްޙާބުންނާއި ދަރިވަރުން ކޮބައިހެއްޔެވެ؟ ޢުރުވަތު ބުނުއް ޒުބައިރު އާއި، އަލްޤާސިމް އާއި މަސްރޫޤު އާއި ޢިމްރާ ކޮބައިހެއްޔެވެ؟
އަދި މިއީ ލައިލަތުލް ޤަދްރި ރެޔާއި މެދު އައިސްފައިވާ ޚާއްޞަ ޙުކުމަކަށް ވާއިރު، އެއަކަށް މުޅި އުއްމަތް ބޭނުންޖެހޭނޭ އެއްޗަކަށް ވާއިރު، ޢަބްދު ﷲ ބުނު ބުރައިދާ ނޫން ބޭފުޅެއް މިރިވާކުރައްްވާފައި ނުވެއެވެ.
◄ އަދި ޞައްޙަ އަދި ރައްކައިތެރިކަމާއި އެކު އައިސްފައިވާ އެއްޗަކީ:
އެއީ ޢާއިޝާ رضي الله عنها ބަސްފުޅު، އެކަމަނާ ވިދާޅުވިއޭ: ”ލައިލަތުލް ޤަދްރި ވިލޭރެޔަކީ ކޮބައިކަން ތިމަންކަމަނާ އަށް އެނގިއްޖައީހީ ނަމަ، ﷲ ޙަޟުރަތުން ޢާފިޔަތަށް ނޫން ކަމަކަށް ތިމަންކަމަނާ އެރޭގައި ނުދަންނަވާހުށީމެވެ.“⁽¹⁾
ރިވާކުރެއްވީ އިބްނު އަބީ ޝައިބާ އާއި އަލްބައިހަޤީ، އޭގެ އަސާސުގައި ޞައްޙަ ކޫފިއްޔު ސަނަދަކުންނެވެ. އެކަމަނާއަށް މަޥްޤޫފު ގޮތުގައެވެ.
އަދި ފަހެ، މީހަކު «اللَّهم إنك عفوٌ تحب العفو فاعْف عنّي» މިދުޢާ ބޭނުން ކޮށް ދުޢާ ކުރަނީ ނަމަ، އޭގައި މައްސަލައެއް ނެތެވެ. އެއީ ހަމަ ދުޢާ އެކެވެ. (އެހެނަސް ލައިލަތުލް ޤަދްރި ރެޔަށް ޚާއްޞަ ދުޢާއެއް ކަމުގައި ޘާބިތު ނޫނީއެވެ.)
والله تعالى أعلم.
حرر ٢١ /١٤٤٠/٨/ هـ.
އައްޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އަލްޚުޟައިރު⁽²⁾ (މަޞްދަރު)
~ ގަލަންދާން
_____________
(1) މިދުޢާ ގެ ތަފްޞީލެއް އަހަރެމެން ވާނީ ކުރިން ގެނެސްދީފައިއެވެ. ބައްލަވާ: ޢާފިޔަތަށް އެދި ދުޢާ ކުރާށެވެ!
(2) މިޙަދީޘް ޟަޢީފު ކަމަށް ކަނޑަ އަޅުއްވާފައިވާ ފަހުގެ މުޙައްދިޘުން ތަކުގެ ތެރޭގައި:
(ހ) ސުލައިމާން އަލް-ޢަލްވާން
(ށ) ޢަބްދު ﷲ އައްސަޢްދު
(ނ) މާހިރް އަލް-ފަޙްލު
(ރ) މުޞްޠަފާ އަލް-ޢަދަވީ
(ބ) ޚާލިދު އަލް-ޙާޔަކް
(ޅ) ޢަބްދުލް ޢަޒީޒް އައްޠަރީފީ
(ކ) މުޤްބިލް އަލް-ވާދިޢީ
(އ) ޞާލިޙް އަލްޢަޞީމީ
އަދި އެނޫން ބޭކަލުން ހިމެނެއެވެ.
①
❞ (އަހަރެމެންގެ) އަޚް، ސުވާލުކުރީ، الله - عز وجل ގެ މި ވަޙީ ބަސްފުޅުގެ މާނަ އާއި މެދުގައެވެ: { يَا أَيُّهَا الَّذِينَ آمَنُوا لا تُلْهِكُمْ أَمْوَالُكُمْ وَلا أَوْلادُكُمْ عَنْ ذِكْرِ اللَّهِ}⁽¹⁾ , އަދި سورة الأنفال ގައިވާ الله تعالى ގެ ވަޙީ ބަސް ފުޅާއި މެދުގައި ވެސްމެއެވެ: { وَاعْلَمُوا أَنَّمَا أَمْوَالُكُمْ وَأَوْلادُكُمْ فِتْنَةٌ وَأَنَّ اللَّهَ عِنْدَهُ أَجْرٌ عَظِيمٌ }⁽²⁾ [الأنفال:28]
(1) އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރިންތައް — اللَّه ހަނދުމަކުރުމުން — ތިޔަބައިމީހުން މަޝްޣޫލު ކޮށް ދުރުކުރިޔަ ނުދޭހުށިކަމެވެ!
(2) އަދި ތިޔަބައިމީހުން ދަންނާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރިންނަކީ، ފިތުނައެކެވެ. (އެބަހީ: އިމްތިޙާން އެކެވެ.) އަދި ހަމަކަށަވަރުން، ބޮޑުވެގެންވާ ދަރުމަ ވަނީ، اللَّه ގެ ޙަޟުރަތު ގައެވެ.
ދަރިންނާއި މުދަލަކީ ﷲ އަށް ކިޔަމަން ގަތުމުގެ ތެރެއިން ވާ އެއްޗެކެވެ. އަދި އެހެނަސް އިންސާނާ އެއާއިމެދު ބިރުވެތިވާން ވެސް ޖެހެއެވެ. މިމާނާގައިވާ ދަލީލުތައް ގިނަގުނަ އެވެ . އަދި އިންސާނާ ޤުރުއާނާއި ސުންނަތުގައި ހިފައި، އަދި އޭނާގެ ނަފުސާއި ﷲ އަށް ކިޔަމަންގަތުމާ ދީނުގައި ހިފުމާއި ދެމެދަށް އެއްވެސް އެއްްޗެއް ނުވެއްދުމަށް ﷲ عز وجل އެތަކެއް ދަނޑިވަޅެއްގައިވަނީ ހަނދުމަކޮށްދެއްވާފައެވެ. ދުނިޔެއެއްވެސް ވަޒީފާއެއްވެސް ދަރިއެއްވެސް މުދަލެއްވެސް ނޫނީ އެނޫން އެއްޗެއް ވިޔަސް އެވެ. އެހެނަސް ބައެއް ފަހަރަށް ހުއްދަ އެއްޗަކުން އަޅަކު ޙަރާމުގެ ތެރެއަށް ގެންދެއެވެ. މިއީ އެނގިހުރެ އަދި އިޚްތިޔާރުގައި ޙަރާމަކަށް އަރައިގަތުމާ ޚިލާފަށެވެ. އެހެނީ މިއީ ސީދާ އޭގެ އަޞްލެވެ. (އެކަމުގައި ވަނީ) އެހެންޏާ ﷲ އޭނާއަށް ފާފަ ފުއްސެވުމެވެ. ދެންފަހެ އޭނާ އެއަށް މާނަތައްކޮށް އެއަށްވުރެ ނުބައިން ނުބަޔަށް ދިއުމެވެ. އެއީ ޞަޙީޙު ގައި، މުސްލިމް ގައި ވާފަދައިންނެވެ. އަބޫ ހުރައިރާ އަރިހުން، ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ:
(( بَادِرُوا بِالْأَعْمَالِ فِتَنًا كَقِطَعِ اللَّيْلِ الْمُظْلِمِ، يُصْبِحُ الرَّجُلُ مُؤْمِنًا وَيُمْسِي كَافِرًا، أَوْ يُمْسِي مُؤْمِنًا ويصبح كافرا يبيع دينه بعرضٍ من الدنيا )) .
“ކަޅުފޮއި ރެއެއްގެ އަދިރިގަނޑެއްފަދަ ފިތުނަތައް [ފާޅުވުމުގެ ކުރިން] ތިޔަބައިމީހުންގެ ޢަމަލުތައް ކުރުމުގައި ކުރިއަރައި ދާށެވެ. [އެހިނދުގައި] މުއުމިނެއްގެ ގޮތުގައި ހެނދުނުކުރާ މީހާ ކާފިރުކަންމަތީ ހަވީރު ކުރެއެވެ. ނުވަތަ މުއުމިނެއްގެ ގޮތުގައި ހަވީރު ކުރާމީހާ ކާފިރުކަންމަތީ ހެނދުނު ކުރެއެވެ. ދުނިޔޭގެ ލައްޒަތަކަށްޓަކައި އޭނާ އޭނާގެ ދީން ވިއްކާލައެވެ.”
އަދި ﷲ عز وجل ކުފުރަށްވާ އިކުރާހު ޛިކުރު ކުރެއްވި ހިނދު:
{ إِلَّا مَنْ أُكْرِهَ وَقَلْبُهُ مُطْمَئِنٌّ بِالإِيمَانِ وَلَكِنْ مَنْ شَرَحَ بِالْكُفْرِ صَدْرًا فَعَلَيْهِمْ غَضَبٌ مِنَ اللَّهِ وَلَهُمْ عَذَابٌ عَظِيمٌ * ذَلِكَ بِأَنَّهُمْ اسْتَحَبُّوا الْحَيَاةَ الدُّنْيَا عَلَى الآخِرَةِ وَأَنَّ اللَّهَ لا يَهْدِي الْقَوْمَ الْكَافِرِينَ } [النحل: 106-107] .
[إيمان ކަމަށް، އެމީހާގެ ހިތްހަމަޖެހިގެންވާ حال، مجبور ވެގެންވާ މީހާ މެނުވީ، إيمان ވުމަށްފަހު، اللَّه އަށް كافر ވެއްޖެމީހާ، އަދި އެހެނެއްކަމަކު (އެބަހީ: مجبور ވެގެންވިޔަސް) كافر ކަމަށް ހިތްތަނަވަސް ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނަށް اللَّه ގެ حضرة ން ކޯފާލެއްވުންހުށްޓެވެ. އަދި ބޮޑުވެގެންވާ عذاب، އެއުރެންނަށްހުށްޓެވެ.
އެއީ ހަމަކަށަވަރުން، އެއުރެން، آخرة ގެ މައްޗަށް، دنيوى حياة އިސްކުޅައުމުގެ ސަބަބުންނެވެ. އަދި ހަމަކަށަވަރުން، كافر ވީމީހުންނަކަށް، اللَّه، ތެދުމަގެއް ނުދައްކަވާނެތެވެ.]
މިދަނޑިވަޅުގައި ﷲ عز وجل އެވެރިންގެ ކުފުރާއި އިސްލާމް ދީނުން ބޭރުވުމުގެ ސަބަބެއް ގޮތުގައި ޛިކުރު ކުރައްވާފައިވަނީ އެއުރެން ދުނިޔެވީ ޙަޔާތަށް ލޯބިކުރުމެވެ. އެއީ ދީނަށް ރުޅިއައިސް ގެނެއް ނޫނެވެ. އަދި ދީނަށް ޢަދާވާތްތެރިވެ އެއްވެސް ނޫނެވެ. އަދި އިސްލާމް ކަމުން ބޭރުވުމުގެ ނިޔަތެއްވެސް އޭގައި އޮވެގެނެއް ނޫނެވެ. އެހެނަސް އެއުރެން އާޚިރަތުގެ މައްޗަށް ދުނިޔެ އިސްކުޅައެވެ. އަދި ކާފަރުވިއެވެ. މިހެންކަމުން، ދީނުން ބޭރުވާ ކަންކަމުގެ ތެރެއިން ކަމެއް ކޮށްފި މީހަކަށް، އޭނާގެ ހިތްނިޔަތް ތަފްޞީލުކޮށް ބަލައިހޯދުމެއް އަހަރެމެންނަށް ޝަރުޠުވެގެންނެއް ނުވެއެވެ. ދީނަށް ރުޅިވެރިކަން ވޭތޯ ނުވަތަ ލޯބިވޭތޯ އެވެ. އެއީ މިހެން ބުނިމީހުން (ފަދައެވެ) : ”ތިމަންމެންގެ މިކިޔަވާއުޅޭ މިބައިމީހުން (ނަބިއްޔާގެ ޞަޙާބީންނަށް ނިސްބަތްކޮށް މި) ފަދަ ބަޔަކު ތިމަންނާމެން ނުދެކެމެވެ. އެބައިމީހުންގެ އެންމެ ސަމާލުކަންދެނީ އެބައިމީހުން ބަނޑުތައް ފުރުމަށެވެ. އަދި އެޔަށްވުރެ ދޮގުވެރި ބަޔަކު ނުވެއެވެ. އަދި ޢަދުއްވުންނާއި ބައްދަލުކުރާހިނދު އެޔަށްވުރެ ފިނޑިބަޔަކުނުވެއެވެ.“
=
📌 ކާފަރު ގައުމަކުން އެތެރެކުރެވޭ އެއްގަމު މަހުގެ ޙުކުމްތައް
[މަޞްދަރުތައް: އަލްޢަލްވާން، އަލްޢުޘައިމީން، އައްޠަރީފީ، އޭގެ އިތުރުން، އަލްމަކްތަބުއް ޝަރްޢީ (ޝާމް) ފަތުވާ ص ٤٤ ش. ع-٥ ގެ ނަޒަރަކާއި އެކު]
[މިފޮޓޯގެ HD ވަރޝަން، ޝެއަރ ކުރައްވާ]
~ ގަލަންދާނު
➊
📌 އަލް-ޙަޥްލް ގެ ނިދާ !
ޖަންނަތުގެ ނިޢްމަތް ދެވޭ މީހުންގެ ޞިފަތައް ބަޔާން ކުރައްވަމުން، اللّه تعالى ވަޙީ ކުރެއްވިއެވެ:
وَيُطْعِمُونَ الطَّعَامَ عَلَى حُبِّهِ مِسْكِينًا وَيَتِيمًا وَأَسِيرًا
"އަދި އެތަކެއްޗަށް ލޯބި ހުރުމާއެކުވެސް، މިސްކީނުންނާއި، ޔަތީމުންނާއި، ހައްޔަރުވެފައިވާ މީހުންނަށް އެއުރެން ކާތަކެތި ކާންދެތެވެ."
މީގެ ތަފްސީރުގައި، އަލްބަޣަވީ ވިދާޅުވިއެވެ:
( وَيُطْعِمُونَ الطَّعَامَ عَلَى حُبِّهِ ) "އަދި ކާތަކެތި ކާންދެއޭ، ވާ ލޯވްބާއި އެކު" އެބަހީ، ކާތަކެއްޗަށް ވާ ލޯތްބާއިއެކު، އަދި އޭގެ ތަދުމަޑުކަމާއި، އެއަށް އޭނާ ދަހިލަވާފައިވާއިރު، އަދި އެއަށް އޭނާ ބޭނުންޖެހިފައިވާ ހިނދުވެސް ކަމެވެ.
އަދި ބުނެވެއެވެ: (އެއުރެނަށް ކާންދެނީ އެވެރިންގެ ހިތްތަކުގައިވާ) اللّه - عَزَّ وَجَلَّ - ވާ ލޯތްބާއި އެކުގައޭ އެވެ.
( مِسْكِينًا ) މިސްކީނުން، އެބަހީ: މުދާވެރި ނޫން ފަޤީރުކަމުގައިވާ މީހުންނެވެ. ( وَيَتِيمًا ) ޔަތީމުން، އެއީ ބައްޕަ ނެތް (އެބަހީ: މަރުވެފައިވާ) ޅަ ކުދިންނެވެ.
( وَأَسِيرًا ) އަދި "އަސީރުން" : މުޖާހިދު އާއި ސަޢީދު ބުނު ޖުބައިރު އަދި ޢަޠާއު ވިދާޅުވިއެވެ: "އެއީ ޤިބުލައިގެ އަހުލުން (އެބަހީ: މުސްލިމުން) ތެރެއިން ޖަލުގައިވާ މީހުންނެވެ.
(ނޯޓް: "ޤިބުލައިގެ އަޙުލުން" ކަމަށް ޢިލްމުވެރިން ވިދާޅުވަނީ، ފާފަވެރި އަދި ބިދުޢަވެރި ވިޔަސް އިސްލާމްކަމުގެ ތަރަހައިގައި ހިމެނޭ އެންމެންނަށެވެ. އެހެންކަމުން، ފާފައާއި ފާސިޤުކަން ނޫނީ ބިދުޢަކަށްޓަކައިވިޔަސް މުސްލިމުން ތެރެއިން ހައްޔަރުވާ މީހުންނަށް އަޅާލުމުގެ މައްޗަށް މީގައި ދަލީލުވެއެވެ.)
ޤަތާދާ ވިދާޅުވިއެވެ: "ހައްޔަރުވެފައިވާ މީހުންނަށް ހެޔޮކޮށް ހިތުމަށް اللّه އަމުރުކުރެއްވިއެވެ. އަދި ހަމަކަށަވަރުން އެޒަމާނުގައި އަސީރުންނަކީ (އެވެރިންނާއި ޖިހާދުކޮށް ހައްޔަރުވެވޭ) މުޝްރިކުންނެވެ."
ބުނެވެއެވެ: (އޭގެ މުރާދަކީ) އަސީރުވެ އަޅުންގޮތުގައި ނެގޭ މީހުންނެވެ.
އަދި ބުނެވެއެވެ: (އޭގެ މުރާދަކީ) އަންހެންވެރިންނެވެ. އެއީ ނަބިއްޔާ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - މިޙަދީޘް ފުޅުގައިވާ ވާފަދައިންނެވެ: " اتَّقَوْا اللَّهَ فِي النِّسَاءِ فَإِنَّهُنَّ عِنْدَكُمْ عَوَانٌ " "އަންހެންވެރިންނާއި މެދު (އެބަހީ: އެވެރިންނަށް ހެޔޮކޮށް ހިތުމާއިމެދު) اللّه އަށް ބިރުވެތިވާށެވެ. އެހެނީ ހަމަކަށަވަރުން އެކަނބަލުންނަކީ ކަލޭމެންގާތުގައިވާ "ޢަވާނުން" ނެވެ." އެބަހީ، ހައްޔަރީންނެވެ.
މިއާޔަތް ބާއްވައިލެއްވުނު ސަބަބާއިމެދު ޢިލްްވެރިން ޚިލާފުވިއެވެ:
މުޤާތިލް ވިދާޅުވިއެވެ: "މިއާޔަތް ބާއްވައިލެއްވުނީ އަންޞާރުންގެ ތެރެއިން ބޭފުޅަކާއިމެދުގައެވެ: އެކަލޭގެފާނު އެއްދުވަސް ތެރޭ، މިސްކީނަކާއި ޔަތީމަކާއި އަސީރަކަށް ކާންދެއްވިއެވެ."
އިބްނު ޢައްބާސް އަރިހުން މުޖާހިދު އާއި ޢަޠާއު ގެނެވިގޮތުގައި، މިއާޔަތް ބާއްވައިލެއްވުނީ ޢަލީ ބުނު ޢަބީ ޠާލިބް އާއި މެދުގައެވެ. އެއީ ޔަހޫދީ (އަޅު) އަންހެނެއް އެކަލޭގެފާނަށް ގޮދަން ފުނޑުވައިދެއްވުމުން، ދެން އޭގެ ތެރެއިން ތިންބައިކުޅެ އެއްބައިން ރޮށި ފިހެ ކެއުން ބެއްލެވުމަށް އިށީންނެވިއެވެ. ދެން ފިހެވުނުތަނާ، މިސްކީނަކު އައިސް އެއްޗަކަށް އެދުނެވެ. އެހެންކަމުން އޭނާއަށް ކެއުންދެއްވިއެވެ. ދެން ދެވަމަޔަށް އޮތް ތިންބައިކުޅަ އެއްބައި ނެންގެވިއެވެ. އެފިހެ ނިމުނުތަނާ ޔަތީމެއް އައިސް އެއްޗަކަށް އެދުނެވެ. އެހެންކަމުން އެކުއްޖާއަށް ކާންދެއްވިއެވެ. ދެން ބާކީ އޮތް ތިންބައިކުޅަ އެއްބައި މިންވަރު ނެންގެވިއެވެ. އެފިހައި ނިމުނުތަނާ، މުޝްރިކުން ތެރެއިން އަސީރެއް އައެވެ. އަދި އެއްޗަކަށް އެދުމުން އޭނާ އަށް ކާންދެއްވިއެވެ. ދެން އެދުވަހު ބަނޑުހައިހޫނުކަމުގައި ހުންނަވައިފިއެވެ."
އަދި މިއީ އަލްޙަސަން އާއި ޤަތާދާގެ ބަހެވެ: އަސީރުން އަކީ ޝިރުކުގެ އަހުލުން ތެރެއިންކަމެވެ. އަދި މީގައި އަސީރުންނަށް ކާންދިނުމުގެ މައްޗަށް ދަލީލުވެއެވެ - އެއީ މުޝްރިކުން ކަމުގައި ވިޔަސް އެވެ. އަދި އެއީ ހެޔޮވެގެންވާ، އަދި އެކަމުގެ ސަބަބުން ޘަވާބު ލިއްބައިދޭ ކަމެއް ކަމެވެ." (1)
އަދި ޤަތާދާ، އަސީރުން މިތާ ނިޞްބަތްވަނީ މުޝްރިކު ހައްޔަރީންނަށް ކަމަށް ތަފްސީރު ކުރައްވައި ދެން އެއަށްފަހު ވިދާޅުވިއެވެ: "އަދި ތިބާގެ މުސްލިމު އަޚާއަށް ކާންދިނުން (މިކަމުގައި) މާ ޙައްޤުކަން ބޮޑުވެގެންވެއެވެ."(2)
އަހަރެން ބުނަމެވެ: މިޒަމާނުގައި އެތަނެއްގައި، ޔަތީމުންނާއި މިސްކީނުންނާއި އަދި ތަފްސީރުގައިވާ މިވާ އިޚްތިލާފުގެ މައްޗަށް، އަސީރުން އެއީ، އަންހެންނުން ކަމަށް ބެއްޔަސް އަދި މުސްލިމު އަސީރުން ކަމަށް ބެއްޔަސް، އެތަނެއްގައި ޖަމަޢުވެފައިވާ ތަނެއް އެބަވެއެވެ. އެހެންކަމުން އެވެރިންގެ މައްޗަށްވާ އަހަރެމެންގެ ޙައްޤު ފަހެ ކޮބައިހެއްޔެވެ؟
އަދި މިއިން މިފަދަ ބަޔަކަށް އެއްކުރެވޭ އެއްޗަކަށް ޚިޔާނާތްތެރިވުމުގެ ބޮޑުކަންވެސް ހާމަވެއެވެ.
1/2
📌 ނޯޓް: ފިޠުރު ޢީދުގައި ވެސް ތަކްބީރު ކިޔުން ވެއެވެ. އެހެނަސް އެއީ ފިޠުރު ޢީދު ވިލޭރެއިން ފެށިގެން ޢީދު ޚުޠުބާގެ ނިޔަލަށެވެ.
Читать полностью…އަލްއިމާމް އިބްނު ރަޖަބުލް ޙަންބަލީ ވިދާޅުވިއެވެ:
❞ ليس العيد لمن لبس الجديد
ޢީދުވަނީ އައު ހެދުން ލާ މީހަކަށް ނޫނެވެ.
إنما العيد لمن طاعاته تزيد
ހަމަކަށަވަރުން ޢީދުވަނީ، އެމީހެއްގެ ކިޔަމަންގަތުންންތައް އިތުރުވާ މީހަކަށެވެ.
ليس العيد لمن تجمَّل باللباس والركوب
ޢީދުވަނީ އެމީހެއްގެ ހެދުމާއި ސަވާރީ ޒީނަތްތެރިކޮށްފި މީހަކަށް ނޫނެވެ.
إنمـا العـيد لمن غفرت له الذنوب
ހަމަކަށަވަރުން ޢީދުވަނީ، އެމީހަކަށް އެމީހެއްގެ ފާފަތައް ފުއްސެވިއްޖެ މީހަކަށެވެ.
ޢީދު ވިލޭރޭ، ޚަލްޤުތަކުން (ނަރަކައިން) މިންޖުކުރެވެއެވެ. އަދި އަޅުވެރިޔާއަށް ފާފަ ފުއްސެވެއެވެ. ފަހެ އެއިން މިންވަރެއް ނަސީބުވެއްޖެ މީހާ ދަންނައެ، ޢީދު އެވަނީ އެމީހަކަށެވެ. އެނޫންނަމަ އެއީ ދުރަށް އެއްލާލެވިފައިިވާ މީހެކެވެ. ❝
— ލަޠާއިފުލް މަޢާރިފް (1/277)
~ ގަލަންދާނު
❸
އަލް-ޢުލްވާން ނަޤުދު ފައިސާއިން ޒަކާތް ދިނުން ހުއްދަކަމަށް ފަތުވާދެއްވައި، އޭގެ ޚުލާޞާގެ ތެރޭގައި ވިދާޅުވިއެވެ:
"ހ. ނަބިއްޔާ ﷺ އަރިހުން، އަދި އެއްވެސް ޞަޙާބީ އެއްގެ އަރިހުން، އެއަށްވާ އަގު ދެއްކުން ޙަރާމްކޮށް އެއްވެސް އެއްޗެއް ޘާބިތެއް ނޫނެވެ.
ށ. ވަކިވައްތަރެއްގެ ތަކެތި ނަންގަނެވިފައިވާ ޙަދީޘް ތައް، އެއާއި އެއްފަދަ ތަކެތި ޙަރާމް ވާނޭ ކަމަކަށް ދޭހަނުވެއެވެ. މިއަށް ދަލީލަކީ، ޞަޙާބީން _رضي الله عنهم_ ގޮދަން ނެރުން ހުއްދަ ކުރެއްވިއެވެ. އަދި މިއީ ނައްޞުން އައިސްފައި ނުވާ އެއްޗެކެވެ. އެއީ ހިމަ ގޮދަނާއި، ކަދުރާއި މިފަދަ ޞައްޙަ ޙަދީޘް އިން އައިސްފައިވާ ތަކެއްޗާއި ޚިލާފަށެވެ.
ނ. ޞަޙާބީން ގެ ތެރެއިން އެތައް ބޭކަލެއް، އަދި ކިޔެއް؟ މުޢާވިޔާގެ ދައުރުގެ ވީ އެބޭކަލުންގެ ގިނަ ބޭކަލުން، ކަދުރު ގެ ޞާޢު އެއްގެ ބަދަލުގައި ޝާމް ގެ ސުމްރާއު (ބުރައުން ގޮދަން) ގެ 1/2 ޞާޢު ނެރުން ހުއްދަކުރެއްވިއެވެ. އަދި މިއީ ކަދުރު ނޫނީ ހިމަ ގޮދަން އަދި މިފަދަ ތަކެތިއާއި (އަގުކުރުމުގައި) އޭގެ ބައި ޞާޢު އެއްހަމަ ކަމަށް އެބޭކަލުން ދެކިލެއްވިކަމަށް ދަލީލެކެވެ." (އެބަހީ، ކަދުރު ޞާޢު އެއް ނެރުމުގެ ބަދަލުގައި އެޔާއި އަގުގެ ގޮތުން އެއްހަމަ ވާނޭ އެހެން އެއްޗެއް ނެރުމެވެ. ނުވަތަ އޭގެ އަގަށް ބަލައިގެން ޒަކާތްނެރުމެވެ. އަދި ހަނަފީންގެ ރައުޔަކީ މިއީއެވެ. އެހެންކަމުން އެއަށް އެއްހަމަވާ ފައިސާ ނެރުން ހުއްދައެވެ.)
ޝެއިޚް އަބޫ ޢަލީ އަލް ޙަސަނީ ވިދާޅުވިއެވެ:
"ނަބިއްޔާ ﷺ އެ ނެރުއްވީ ކާތަކެތިންނެވެ. އަދި އަޞްލަކީ މިއީއެވެ. އަދި ބައެއް ޞަޙާބީން މާލުން (އެބަހީ ކާތަކެއްޗަށް އަގުކުރެވޭ އެއްޗެއް ނޫނީ ދިރުހަމުން) ނެރުއްވިއެވެ. އަދި ތާބިޢީން މާލުން ނެރުމުގެ ޖާއިޒުކަމަށް އިޖުމާޢުވެލެއްވިއެވެ. އަދި ޞަޙާބީންނާއި ތާބިޢީންގެ ފަހުމުގެ މަތީ ދަލީލުތައް ދެނެގަނެވި އޭގެ މައްޗަށް މީސްތަކުން ޢަމަލުކުރުން ވެއެވެ. އަދި މިމައްސަލައަކީ ލުއި މައްސަލައެކެވެ. އެހެންކަމުން ޚިލާފުވާ މީހާގެ މައްޗަށް ޢައިބު ކިޔުމެއް ނުވެއެވެ."
އަހަރެން ބުނަމެވެ: އެހެންކަމުން މިބަޔާން ވެވުނު ދަލީލުތަކުގެ މައްޗަށް މިކަމުގެ އަޞްލަކީ ހުއްދައެވެ. ވީމާ މިކަމުގައި ޙާއްޖަތެއް ނޫނީ މަޞްލަޙަތެއް އެކުލެވޭނަމަ އަދި ކޮބައިހެއްޔެވެ؟ އަދި މިއާއި އެކުވެސް ބުނަމެވެ: އައުލާކަން ބޮޑީ ކާތަކެތިން ނެރުމެވެ. މިކަމުގައި ޝައްކެތްނެތެވެ.
~ ގަލަންދާރު
➊
📚 ޚުލާޞާ: ފައިސާއިން ފިޠިރު ޒަކާތް ނެރުން
އައްސަރްޚަސީ ވިދާޅުވިއެވެ:
"އަހަރެމެންގެ މަޛުހަބުގައި (އެބަހީ ޙަނަފީ މަޛުހަބުގައި) ގޮދަމުގެ އަގަށް ފައިސާ ދިނުން ހުއްދައެވެ. އެހެނީ މިކަމުގެ މިންގަނޑަކީ މީސްތަކުންގެ ޙާޖަތްތައް ފުއްދުން ކަމުގައި ވުމުންނެވެ. އަދި މިކަން، ފިޠުރު ޒަކާތް ފައިސާ އިން ދިނަސް އަދި ގޮދަމުން ދިނަސް ޙާޞިލްވެއެވެ. އެހެނަސް އައްޝާފިޢީ މިކަން ހުއްދަ ނޫން ކަމަށް ދެކިލައްވައެވެ. މި (ފިޠުރު ޒަކާތް ތަކެތިން ނޫނީ އެއަށް އަގުކުރެވޭ ފައިސާއިން ނެރުމުގެ މައްޗަށްވާ) އިޚްތިލާފު ބިނާވެގެންވަނީ ދަނޑުގޮވާމަށް ޒަކާތް ނެރުމުގެ (އެބަހީ މުދަލު ޒަކާތުގެ) މައްޗަށެވެ. (އެބަހީ މުދަލު ޒަކާތް ފައިސާއަށް ވާ މިންވަރުން ދެއްކޭނެތޯ ނުވަތަ ނޫންތޯ އާއިމެދު އޮންނަ އިޚްތިލާފުގެ މައްޗަށެވެ.)
އަބޫ ބަކްރު އަލް-އަޢްމަޝް ވިދާޅުވަނީ: "އެއަށް އަގުކުރެވޭ ފައިސާއަށް ވުރެ (ފިޠުރު ޒަކާތް ދިނުން) މޮޅު އިތުރީ ގޮދަމުން ދިނުމެވެ. އެހެނީ މިކަން ނަބިއްޔާ ﷺ ގެ ޙަދީޘްފުޅުގެ ބޭރުފުށަށް ދޭހަވާ މާނައާއި އެއްގޮތްވެގެން ވެއެވެ. އަދި ޢިލްމުވެރިންގެ އިޚްތިލާފުން ސަލާމަތްވެ، އެހެންކަމުން، ދީނީ ގޮތުން ރައްކާތެރިކަން ބޮޑެވެ." (މިއާ ޚިލާފަށް) އަބޫ ޖަޢްފަރު ވިދާޅުވަނީ: "އަގު ކުރެވޭ މިންވަރު ދިނުން މޮޅުއިތުރެވެ. އެހެނީ މިކަމުގައި ފަގީރުންނަށް މަންފާކުރުން މާގާތެވެ. އެވެރިންނަށް ބޭނުންޖެހިފައިވާ ޙާޖަތްތައް ވަަޤުތުން ގަނެވެއެވެ."
ނަބިއްޔާ ﷺ ގެ ޒަމާނުގައި، ގޮދަމާއި ހިމަ ގޮދަން ކަނޑައަޅުއް ވާފައިވާ ސަބަބަކީ، އެއަކީ އޭރު (ފައިސާ ފަދައިން) ގަނެވިއްކުމަށް (ބާޓާއަށް) ބޭނުން ކުރެވުނު ތަކެއްޗެވެ. އެހެނަސް މިތާގައި (މިހާރު)، ގަނެވިއްކުމުގެ އަސާސީ އެއްޗަކީ ނަޤުދު ފައިސާއެވެ. އެހެންކަމުން ފިޠުރު ޒަކާތް ފައިސާއިން ދިނުން އެދެވިގެން ވެއެވެ."(1)
އައްޘަޥްރީ އާއި އިސްޙާޤް އިބްނު ރާޙަވައިހް އަދި އަބުއް ޘަޥްރު ވެސް މިރައުޔު ނެންގެވިއެވެ. އެބަހީ ފައިސާއިން ދެއްކުމުގެ ހުއްދައިގެ މައްޗަށެވެ. އެހެނަސް އައްނަވަވީ "މަޖްމޫޢު ޝަރަޙް އަލް-މަޛްޙަބް" (ޖުޒުޢު 6 ޞ. 112) ގައި ބަޔާން ކުރައްވާފައިވާ ފަދައިން، މިބޭކަލުން މިކަން ޙުއްދަކުރެއްވީ ޟަރޫރަތުގެ ޙަލަތުގައެވެ.
ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ގެ ރައުޔަކީވެސް ޟަރޫރަތުގެ މައްޗަށް އަދި މީސްތަކުންގެ ޢާންމު މަޞްލަޙަތުގެ މައްޗަށް އެކަން ހުއްދަކަމުގައެވެ. ވިދާޅުވިއެވެ:
"ދެންފަހެ، މުދަލަށްވާ އަގު، ޒަކާތާއި، ކައްފާރާ އަދި މިފަދަ ކަންކަމުގައި، މާލިކު އާއި އައްޝާފިޢީގެ މަޛްހަބުގައި އެނގި ބަޔާންވެފައި ވާގޮތުން (މިކަން) ޖާއިޒެއް ނޫނެވެ. އަދި އަބޫ ޙަނީފާގެ އަރިހު ޙުއްދައެވެ. އަދި އަޙްމަދު رحمه الله ބައެއް ތަންތާގައި އަގުކުރުން މަނައު ކުރައްވާފައިވެއެވެ. އަދި އަނެއްބައި ތަންތަނުގައި ހުއްދަ ކުރައްވާފައިވެއެވެ. އަދި އެކަލޭގެފާނުގެ ދަރިވަރުން ތެރެއިން އެ ނައްޞާއި އެއްބަސްވެލެއްވި ބޭކަލުން ވިއެވެ. އަދި މިއިން ފާޅުވަނީ: ޙާއްޖަތެއް އަދި މަޞްލަޙަތެއް ނުވޭމެ، އަގަށްވާ ފައިސާ ނެގުން އެކަލޭގެފާފާނު އަރިހުން މަނައުކަމެވެ..." އިތުރަށް މިހެން ވިދާޅުވުމާއި ހަމައަށެވެ: "...ދެންފަހެ ޙާއްޖަތަކަށްޓަކައި، ނުވަތަ މަޞްލަޙަތަކަށް ނޫނީ ހަމަހަމަކުރުމަށްޓަކައި، އެޔަށްވާ ފައިސާ ނެރުން، މިކަމުގައި މައްސަލައެއް ނެތެވެ."(2)
އަދިވެސް ވިދާޅުވިއެވެ: "ދެންފަހެ އެޔަށްވާ ނަގުދު ފައިސާ ދިނުން، މިކަމުގައި (ޢިލްމުވެރިން) ދެބަސްވެފައިވެއެވެ. އެމުޅިއެއްކޮށް ޖާއިޒުހެއްޔެވެ؟ ނުވަތަ މުޅިއެއްކޮށް ޖާއިޒުވެގެން ނުވޭހެއްޔެވެ؟ ނުވަތަ ބައެއް ސިފަތަކުގައި ޙާއްޖަތަށްޓަކައި ނުވަތަ ޞައްޙަ މަޞްލަޙަތަކަށްޓަކައި ހުއްދަހެއްޔެވެ؟ - އަޙްމަދު އާއި އެނޫންބޭފުޅުންގެ މަޛުހަބުގައި ވަނީ ތިންވަނަ ބުނުމުގެ މައްޗަށެވެ. އަދި ރައުޔުތަކުގެ ތެރެއިން ޞައްޙަކަން ބޮޑީ މިރައުޔެވެ." އެބަހީ، ފަހުން ބުނެވުނު ގޮތެވެ.(3)
___________
(1) އަލްމަބްސޫތު (ޖުޒުޢު 3 ޞ. 107 - 108)
(2) މަޖްމޫޢު އަލްފަތާވާ (ޖުޒުޢު 25، ޞ. 82-83)
(3) މަޖްމޫޢު އަލްފަތާވާ (ޖުޒުޢު 25، ޞ 79)
📚 (ހ) ފިޠުރު ޒަކާތުގެ މިންވަރަކީ ޞާޢު އެވެ. (ށ) އަދި އެއީ އެތަނެއްގެ ޢާންމު ކާނާއިންނެވެ. (ނ) އަދި އެކަމުގެ ވާޖިބުކަން ކޮންމެ މުސްލިމަކަށް ވެއެވެ.
ހ.
ކުރިންވެސް ބަޔާންކޮށްފައިވާ ފަދައިން ޒަކާތުގެ މިންވަރަކީ ޞާޢު އެކެވެ. ބައެއް ފަރާތްތަކަށް ހީވެފައިވާ ފަދައިން ޞާޢު އަކީ ބަރުދަނެކެވެ. އެހެނަސް މިއީ ކުށް ހީއެކެވެ. ޞާޢު އަކީ 4 މުއްދު އެވެ.
މުއްދު އަކީ އާދައިގެ މީހެއްގެ ދެއަތުން ނެގޭވަރެވެ. އެހެންކަމުން ޞާޢު އަކީ އާދައިގެ މީހެއްގެ ދެއަތުން، ހަތަރު ފަހަރު ނެގޭވަރެވެ.
ސަލަފުން އަރިހުން އައިސްފައިވާ މުއްދު މިނެކިރުން ތަކަށް ބަލައި މިޒަމާނުގެ މިނެކިރުމަށް ބަދަލުކުރުމަށް ތަފާތު ހިސާބުތައްވެއެވެ މިޚިލާފުތަކާއި އެކު ޞާޢު އެއްގެ މިންވަރަކަށް ބޮޑަށް ގާތީ 2.5 ލީޓަރެވެ. އަދި ރައްކާތެރިކަމަށް ބަލައި 2.75 ލީޓަރަށް ބެލެވިދާނެއެވެ.(1)
2.75 ލީޓަރަށް ހަމަވާ ގޮދަން ފުށާއި، 2.75 ލީޓަރަށް ހަމަވާ ހަނޑޫ ނޫނީ ކަދުރުގެ ބަރުދަން ތަފާތެވެ.
އެހެންކަމުން މީގެ ބަރުދަން ކިރައި، ފުށުން މިވެނި ކިލޯ އެއް، ހަނޑުލުން މިވެނި ކިލޯ އެކޭ، ބަޔާން ކުރަނީ ޢާންމުންނަށް އެ ގުނައި އަދަދުކުރަން ފަސޭހައަކަށެވެ.
ށ.
ފިޠުރު ޒަކާތް ގޮތުގައި ނެރެންޖޭ ބާވަތްތަކަކީ ކޮބައިތޯ އާއި މެދު ޢިލްމިވެރިން ޚިލާފުވިއެވެ.
ޙަންބަލީން ދެކިލައްވަނީ 5 ކަމެވެ: އެއީ ކަދުރާއި، މޭބިސްކަދުރާއި، ގޮދަނާއި، ހިމަގޮދަނާއި ހިކި ކޮޓޭޖް ޗީޒެވެ.
އިމާމް އަޙްމަދު ވަނީ، ޢާންމު ކެއުމުގައި ބޭނުންކުރެވޭ ކޮންމެ ވައްތަރެއްގެ ގޮވާމެއް ނޫނީ ކަދުރެއް ވިޔަސް ހުއްދަކަމަށް ވިދާޅުވެފައެވެ.
މާލިކީންނާއި ޝާފިޢީން ދެކިލައްވަނީ ކޮންމެ ކަހަލަ ކާއެއްޗެއްވިޔަސް، އެއީ އެތަނެއްގައި ނޫނީ އެމީހެއް ޢާންމުކޮށް ކެއުމުގައި ބޭނުން ކުރާ އެއްޗެއްނަމަ ނެރެވިދާނޭކަމެވެ.
ޙަނަފީން ފިތުރު ޒަކާތުގެ ތަކެތީގެ އަގަށްވާ ފައިސާއިން ދެއްކޭނޭކަމަށް ދެކިލައްވައެވެ.(2)
އަބޫ ޞަޢީދުލް ޚުދުރީ އަރިހުން ދެ ޞަޙީޙް ގައި ރިވާވެފައިވެއެވެ: ވިދާޅުވިއެވެ: "ﷲ ގެ ރަސޫލާ ﷺ އަހަރެމެންނާއި އެކު ހުންނެވި އިރު، ފިޠުރު ޢީދު ދުވަހު އަހަރެމެން ކާތަކެތީގެ ޞާޢު އެއް (ޒަކާތުގެ ގޮތުގައި) ނެރެމުއެވެ." އަބޫ ސަޢީދު ވިދާޅުވިއެވެ: "އަދި އެދުވަސްވަރު، އަހަރެމެންގެ ޢާންމު ކާތަކެތީގެ ގޮތިގައި ބޭނުންކޮށް އުޅުނީ، ގޮދަނާއި، ކަދުރާއި، ހިކި މޭބިސްކަދުރެވެ."
ޖުމްހޫރު ޢިލްމުވެރިންގެ ރައުޔަކީ، މިތާގައި މިވާ ކާތަކެތީގެ މުރާދަކީ، އެތަނެއްގައި މައިގަނޑު ކެއުމުގައި ބޭނުންކުރާ ކޮންމެ އެއްޗެކެވެ. އެހެންކަމުން، ހަނޑުލާއި ގޮދަންފުށުގެ އިތުރުން، ޕާސްތާ ނޫނީ މަސް (ނުވަތަ މަސްދަޅު) ވެސް ނެރެވިދާނެއެވެ. ޞަޙާބީންނާއި ސަލަފުން ތެރެއިން ކަދުރު، ހިމަގޮދަން، ހިކި މޭބިސްކަދުރު، ގޮދަން ނުވަތަ ޗީޒުވެސް ނެރުއްވިއެވެ.
އިބްނުލް ޤައްޔިމް މިޚިލާފުތައް އަލިއަޅުވާލައްވައި ވިދާޅުވީ، ކަދުރާއި، ހިމަ ގޮދަނާއި، މޭބިސްކަދުރު ނުވަތަ ހިކި ކޮޓޭޖް ޗީޒް ނަބިއްޔާ އަރިހުން ވާރިދުވެފައިވަނީ، މިއީ މަދީނާގެ ޢާންމު ކާނާ ކަމުންނެވެ. އެނޫން ތަންތާގައިވާ މީހުންނަށް ވަނީ އެބަޔެއް ކެއުމުގައި ގެންގުޅޭ ގޮވާމެއް ގެ ޞާޢު އެއް ނެރުމެވެ. މިސާލަކަށް ޒުވާރި ނޫނީ ހަނޑޫ ފަަދައެވެ. އަދި ޢާންމު ކެއުމަކީ ގޮވާމު ބާވަތެއް ނޫންނަމަ، މިސާލަކަށް ކިރު ނޫނީ އެއްގަމު މަސް ނޫނީ ކަނޑުގެ، އަދި މިފަދަ ތަކެތި، އެހެންވެއްޖެނަމަ އެވެރިންނަށް ވަނީ އޭގެން ޞާޢުއެއް ނެރުމެވެ. އަދި މިއީ ޖުމްހޫރު ޢިލްމުވެރިންގެ ބަހެވެ.(3)
___
(1)ބައްލަވާ: މިލިޔުން (ޢަރަބި)
(2) فقه ومحاسبة الزكاة للأفراد والشركات، ޞ. 11-12.
(3) إعلام الموقعين عن رب العالمين كتاب ألفه ابن قيم, vol. III, دار الكتب, ޞ. 15-16.
ޒަކާތާއި ބެހޭ ބައެއް ފިޤުހު
➊ (ހ) ފިޠުރު ޒަކާތުގެ މިންވަރަކީ ޞާޢު އެވެ. (ށ) އަދި އެއީ އެތަނެއްގެ ޢާންމު ކާނާއިންނެވެ. (ނ) އަދި އެކަމުގެ ވާޖިބުކަން ކޮންމެ މުސްލިމަކަށް ވެއެވެ. [ކިޔާލުމަށް]
➋ އަސީރުން ފިތުރު ޒަކާތް ނެރެން ޖެހުމާއި މެދު، ޚުލާސާ [ކިޔާލުމަށް]
➌ ފިޠުރު ޒަކާތް ދޭން ޖެހެނީ ކޮން ބަޔަކަށް؟ [ކިޔާލުމަށް]
➍ ޒަކާތް ދިނުން ވަނީ މުއުމިނުންނަށެވެ. [ކިޔާލުމަށް]
➎ ފިޠުރު ޒަކާތް ނެރުން ވަނީ އެމީހެއް ރޯދަމަސް ނިންމާ ބިމެއްގައެވެ. [ކިޔާލުމަށް]
➏ ފިޠުރު ޒަކާތް އަމިއްލަޔަށް ބެހުން މޮޅުއިތުރެވެ. [ކިޔާލުމަށް]
➐ ގާތްތިމާގެ މީހުންނަށް ޒަކާތް ހޭދަކުރުން [ކިޔާލުމަށް]
➑ މިކަމުގެ މައްޗަށް: ފައިދާއެއް [ކިޔާލުމަށް]
➒ ފިޠުރު ޒަކާތް ނެރުމަށް އެންމެ ފަހު ވަޤުތަކީ ކޮބާ؟ [ކިޔާލުމަށް]
➓ ފިޠުރު ޒަކާތް ކިހާ ދުވަހެއް ކުރިން ނެރެވިދާނެ ހެއްޔެވެ؟ [ކިޔާލުމަށް]
⓫ ޚުލާޞާ: ފައިސާއިން ފިޠިރު ޒަކާތް ނެރުން [ކިޔާލުމަށް]
⓬ ޞައްޙަ އާއި ބާޠިލާއި ދެމެދު: އެހެން މީހަކަށްޓަކައި ޒަކާތް ނެރެދިނުން [ކިޔާލުމަށް]
⓭ "ޞާޢު ޘާބިތެވެ. މިންވަރުގައި ޚިލާފެވެ. އަދި އަރައިރުން ވުމީ ޖަހާލަތެވެ." [ކިޔާލުމަށް]
~ ގަލަންދާނު
📚 ފިޠުރު ޒަކާތް އަމިއްލަޔަށް ބެހުން މޮޅުއިތުރެވެ.
ހ.
އިންސާނާ އަމިއްލައަށް އޭނާގެ ފިތުރު ޒަކާތް ބެހުމީ މޮޅު އިތުރު ގޮތެވެ. އައްޝާފިޢި ވިދާޅުވިއެވެ: "އެބެހުމަށް އެއްކުރާ ފަރާތަކާއި ހަވާލުކުރުމަށްވުރެ އަހަރެން ޚިޔާރުކުރަނީ އަމިއްލަޔަށް ފިތުރު ޒަކާތް ބެހުމަށެވެ. "
އައްނަވަވީ "އަލްމުޖްމިޢު" ގައި ވިދާޅުވިއެވެ: "އައްޝާފިޢީ "އަލްމުޚްތަޞިރް" ގައި ވިދާޅުވިއެވެ: "ފިތުރު ޒަކާތް ބެހެވުން ވަނީ މުދަލު ޒަކާތްވެސް ބެހޭ މީހުންނަށެވެ. އަހަރެން ލޯބިކުރަކީ އަހަރެން ހޭދަކުރަން ލާޒިމުނުވާ ގާތްތިމާގެ މީހުންނަށް އެބެހުމަށެވެ." އަދި ވިދާޅުވިއެވެ: "އެބެހުމަށް އެއްކުރާ މީހަކާއި ހަވާލު ކުރުމަށް އެދޭނަމަ، އެކަން އެމީހަކަށް ހުއްދައެވެ - إنْ شَاءَ اللَّهُ تَعَالَى. އަދި މޮޅު އިތުރީ އަމިއްލަޔަށް ފިޠުރު ޒަކާތް ބެހުމެވެ. އޭނާ (މުސްލިމުންގެ) އިމާމް އަށް ނޫނީ އެއެއްކުރާ ފަރާތް ނޫނީ މީސްތަކުންނަށްޓަކައި ބަހައިހެދުމަށް އެއްކުރާފަރާތަކާއި ހަވާލުކޮށް، އޭނާގެ ބައި ބެހުމަށް އިޛުނަ ދިނުމުގައި މައްސަލައެއް ނެތެވެ. އެހެނަސް އޭނާ އަމިއްލައަށް އެބެހުން، މިއެންމެހާ ގޮތަކަށް ވުރެ މޮޅުއިތުރެވެ."
ށ.
އަދި އިތުބާރު ހިފޭ މީހެއް އެކަން ކުރުމަށް ތިމާ ފަރާތުން ވަކީލެއް ގޮތުގައި ހަމަޖެއްސުން ހުއްދައެވެ. އިތުބާރެއް ނެތްނަމަ ހުއްދައެއް ނޫނެވެ.
ޢަބްދު اللَّهِ ބުނު އަލް މުއައްމަލް ވިދާޅުވިއެވެ: އަހަރެން އިބްނު އަބީ މުލައިކާ އަރިހުން އަޑުއެހީމެވެ. އަދި މީހަކު އެކަލޭގެފާނު ގާތުގައި ބުންޏެވެ: "ފިޠުރު ޒަކާތް މިސްކިތުގައި ދޫކުޅައުމަށް 'މިވެނި މީހެއް' އަހަންނަށް އަމުރުކޮށްފިއެވެ." އިބްނު އަބީ މުލައިކާ ވިދާޅުވިއެވެ: ތިބާއަށް ފަތުވާ ދިނީ ރައުޔެއް ނެތް ޢިލްޖެއް ހެއްޔެވެ؟ (އަމިއްލަޔަށް) އެ ބަހާށެވެ. އެހެނީ ހަމަކަށަވަރުން، (މިސްކިތުގައި އެ އެއްކުރުމަށް ހަވާލުވެ ހުރި ސަރުދާރު) އިބްނު ޙިޝާމް އެބަހާނީ އޭނާގެ ސިފައިންނާއި އެނާ އެދޭމީހަކަށެވެ. (އެބަހީ، އެޔަށް ޙައްޤު ނޫން މީހުންނަށެވެ.)(1)
ނ.
އިމާމް އަޙްމަދު ވިދާޅުވިގޮތުން، (ކޮންމެ ފަރުދެއް މައްޗަށް ނެރެން ވާޖިބު ޒަކާތުގެ މިންވަރު) 1 ޞާޢު، ބައިވަރު މީހުންގެ ޖަމާޢަތަކަށް (ބައިކޮށްފައި) ބަހާލެވިދާނެއެވެ. އަދި ބައިވަރު ޞާޢު ތަކެއް (މިސާލަކަށް އެއް އާއިލާގެ ޒަކާތް އެއްކޮށް) އެންމެ ފަރުދަކަށްވެސް ދެވިދާނެއެވެ.
އަދި މާލިކު ވިދާޅުވިއެވެ: "މީހެއް އެނާގެ އަދި އެނާގެ ޢާއިލާގެ ފިޠުރު ޒަކާތް އެއް މިސްކީނަކަށް ދިނުމުގައި މައްސަލައެއް ނެތެވެ."(2)
(ޒަކާތުގެ މިންވަރު) އެއް ޞާޢު އަކަށް ވުރެ މަދުން ފަޤީރަކަށް ދޭނަމަ، އެވާހަކަ އޭނާކައިރީ ބުނަންޖެހޭމެއެވެ. އެހެނީ ފަޤީރު މީހާ އޭނާގެ އަމިއްލަ ޒަކާތަށް އޭތި ނެރެފާނެތީއެވެ.
އަދި ފަޤީރަކަށް މީހަކު ފިޠުރު ޒަކާތް ދީފިނަމަ، އަދި އޭނާއަށް ބޭނުންވާ ޙާއްޖަތަށްވުރެ އިތުރު ވެއްޖެނަމަ، އޭނާގެ އަމިއްލަ ނަފްސަށް ނޫނީ ޒިންމާ ވާ ފަރާތެއްގެ މައްޗަށް ފިޠުރު ޒަކާތް ގޮތުގައި އެނެރުން ހުއްދައެވެ. އެއީ އެބައި (ފިޠުރު ޒަކާތަށް) ފުދިގެންވާނަމައެވެ.
_____
(1) الأم : باب ضيعة زكاة الفطر قبل قسمها .
(2) المدونة ج1 باب في قسم زكاة الفطر
*އިތުރު ތަފްޞީލަށް އިސްލާމަ ސުވާލާއި ޖަވާބުގެ މިލުޔުން (ޢަރަބި) ބައްލަވާ.
#Arusheef | May 27, 2019
📚 ފިޠުރު ޒަކާތް ނެރުން ވަނީ އެމީހެއް ރޯދަމަސް ނިންމާ ބިމެއްގައެވެ.
🔻🔻🔻
އިލްމުވެރިން ވިދާޅުވެފައިވާ ގޮތުން ފިތުރު ޒަކާއި ދިނުން ވަނީ އެ މީހެއް ރޯދަ ނިންމާ ބިމެއްގަ އެވެ.
އިބްންމު ޤުދާމާ ވިދާޅުވި އެވެ: "ދެންފަހެ ފިތުރު ޒަކާތަށް ބަލާ އިރު، އެ ނެރުން ވަނީ، އެކަން ވާޖިބުވީ ފަރާތް އެތަނެއްގައި ހުރި ބިމުގަ އެވެ. އޭނާގެ މުދާ އެތާގައި ހުއްޓަސް ނުވެތަ ނެތަސް އެވެ." (އަލްމުޣްނި (4/134)
އަދި މި ނުކުތާގެ މައްޗަށް ބާރުދޭ ކަންކަމުގެ ތެރޭގައި:
(1) ފިތުރު ޒަކާއި ނެރުމުގެ ވަގުތެއް ކަމަށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހުގެ ރޭ، ނޫނީ އޭގެ 2 ދުވަސް ނުވަތަ 3 ދުވަސް ކަމަށް އިލްމުވެރިން ގެ ބޮޑު ބައިގަނޑެއް އިބްނު ޢުމަރުގެ ހަދީޘްގެ މައްޗަށް ބުރަވެލައްވައި ވިދާޅުވުން ހިމެނެ އެވެ.
(2) ޖުމްހޫރު ޢިލްމުވެރިންގެ ރައުޔުގެ މައްޗަށް ބަލާ ނަމަ، ފިތުރު ޒަކާއި ނެރުން ވަނީ އާންމުކޮށް ކައިއުޅޭ ތަކެތީން ކަމަށް ވިދާޅުވާ ބަސްފުޅެވެ.
އަދި މި ދެ ކަމަކީވެސް، އާއްމު ގޮތެއްގައި ބަލާނަމަ، ޒަކާތް ވާޖިބުވެފައިވާ މީހާ އެވަގުތެއްގައި ހުރެއްޖެ ބިމެއްގައި އެކަނި ކުރެވޭނޭ ކަންކަމެވެ. މީގެ އިތުރުން، ފިތުރު ޒަކާތުގެ މަގުސަދުގެ ތެރޭގައި ނަބިއްޔާ ﷺ ހަދީޘް ކުރައްވާފައިވާ އެއް މަގުސަދަކީ ފަޤީރުންނަށް ކާން ދިނުމެވެ.
އަދި މިކަމުގެ މައްޗަށް ބައްލަވައި، ތިބާ ޤާއިމުވެ ހުރެއްޖެ ބިމެއްގައި ފަޤީރުން ތިބެއްޖެ ހިނދެއްގައި އެތަނަށް ވުރެން ދުރު ބިމަކަށް އެ ހައްޤު ނުވާކަމަށް އިލްމުވެރިން ބަޔާން ކުރައްވާފައި ވެ އެވެ.
އެހެންކަމުން ޤާތުން ފެށިގެން ދުރަށެވެ. އަދި އެބިމެއްގައި ނެތްނަމަ، ދެން އެޔާއި ވިދިގެންވާ ބިމަކަށެވެ. މިއީ މިމައްސަލައިގެ އާއްމު ޙުކުމެވެ. އަހަރެމެން މިހެން ދެކެނީ، ހާޖަތަށްޓަކައި ފަހުގެ ބަޔެއް އިލްމިވެރިން ދުރުގައިވާ ބިމަކަށް އެ ނެރުން ހުއްދަ ކުރައްވާކަން ދަންނަ ހާލުގަ އެވެ.
ﷲأعلم
. ~ ގަލަންދާނު
ރޯދަވެރިޔާއަށް ރޯދަވީއްލުން ދޭމީހާއަށްވާ ޘަވާބާއި މެދު ނަޒަރެއް.
ޝެއިޚް ޢަބްދުލް ޢަޒީޒް އަލްޚުޟައިރު ވިދާޅުވިއެވެ:
"ޒައިދު ބުނު ޚާލިދުލް ޖުހަނީ އަރިހުން ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިޔޭ
من فطر صائما فله مثل أجره
"ރޯދަވެރިޔަކަށް ރޯދަވީއްލުން ދީފި މީހަކަށް އޭނާ އަށް ވާފަދައިން އަޖުރުވެއެވެ."
ރިވާކުރެއްވީ އައްތިރުމިޛީ އެވެ.
އަދި އިބްނު މާޖާ ގެ ރިވާޔަތުގައު "އެއުރެންނަށް ވާފަދައިން އަޖުރުވެއެވެ."
އަދި އަޙުމަދުގެ ރިވާޔަތުގައި "އޭނާ އަށް ވާފަދައިން އަޖުރު ލިޔެވިގެންވެއެވެ."
މިއެންމެ ބޭކަލުން ރިވާކުރެއްވީ، ޒައިދުގެ އަރިހުން ޢަޠާއު ބުނު ރަބާޙު މެދުވެރިކުރައްވައެވެ.
އަދި އެހެނަސް ޒައިދުގެ އަރިހުންނެއް ޢަޠާއު އަޑެއް ނާއްސަވައެވެ. އެހެންކަމުން މިސަނަދު ވަނީ ކެނޑިފައެވެ. އަދި މިއީ އިބްނުލް މަދީނީގެ ބަސްފުޅެވެ."
އަލްޢުލްވާން ވިދާޅުވިއެވެ:
"ފުރަތަމަކަނަކީ: ރޯދަވެރިޔާ ރޯދަވީއްލުން ދޭމީހާގެ ޘަވާބާއި މެދު ޢިލްމުވެރިން އިޚްތިލާފުވެފައެއް ނުވެއެވެ. އެއީ ފެންގޮއްޓަކުން ވިޔަސްއެވެ. އެހެނީ މިއީ ކުއްތަންވުމާއި ހެވާއި އިޙްސާންތެރިކަމެވެ. { وَٱللَّهُ يُحِبُّ ٱلْمُحْسِنِينَ } (3:148) "إحسان ތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ." { وَٱفْعَلُوا۟ ٱلْخَيْرَ لَعَلَّكُمْ تُفْلِحُونَ } (22:77) "އަދި ތިޔަބައިމީހުން ހެޔޮކަންތައްކުރާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، نصيب ލިބުމަށްޓަކައެވެ."
ދެވަނަކަމަކަށް: ނަބިއްޔާ ﷺ އަރިހުން ރޯދަވެރިޔާ ރޯދަވީއްލުންދޭ ފަރާތަކަށް ވަކިއްޚާއްޞަ އެއްޗެއް ޘާބިތުވެފައެއްނެތެވެ. ޖަޒާގެ މިންވަރެއް ނުވަތަ ކަނޑައެޅިގެންވާ ޘަވާބެއްވިއަސްއެވެ.
(ދެން މިކަމުގައި އައިސްފައިވާ ދެރިވާޔަތް ގެންނަވައި ޞައްޙަނޫންކަން ބަޔާނަކުރެއްވިއެވެ.)
އަދި ވިދާޅުވިއެވެ: ތިންވަނަ ކަމަކީ: މިރިވާޔަތްތަކުގައި މިއޮތް "ރޯދަވެރިޔާ ރޯދަ ވީއްލައިދިނުން" އަކީ ކޮބައިތޯ އަދި އޭގެ ވައްތަރާއިމެދު ޚިލާފުވެއެވެ. އެހެންކަމުން ބުނެވެއެވެ: ވީކޮންމެ އެއްޗަކުން ރޯދަ ވީއްލައިދިނުމެވެ. މިބޭފުޅުން މިޚަބަރުގެ ބޭރުފުށުގެ މާނައިގައި ހިއްޕެވިއެވެ. އަދިބުނެވެއެވެ: މިޙަދީޘްތަކުގައިވާ ރޯދަވެރިޔާ ރޯދަވީއްލައިދިނުމަކީ، އޭނާ (ބަނޑުހައިކަން ފިލާނޭހެން) ފުއްދައިދިނުމެވެ. ހަމަޖެހުން ބޮޑީ އަދި ބޮޑަށް ފިޤުހުވެރީ މިގޮތެވެ."
ޝެއިޚް ޢަބްދުﷲ އައްސަޢްދު މިޙަދީޘް ބަލިކަށިކަން ބަޔާން ކުރައްވައި ވިދާޅުވިއެވެ: "އެހެނަސް މިއަށް ހެކިވެވޭ ރިވާޔަތްވެއެވެ. އަދި ޢާންމު ރިވާޔަތްތަކުން މީގެ މާނަޔަށް ބާރުދެއެވެ..." (ޚުލާސާ)
އައްޠަރީފީ ވިދާޅުވިއެވެ: " އެއްބަލިކަށި ކަމަށްވުރެ ގިނަބަލިކަށިކަން ރިވާޔަތުގައިވެއެވެ. ވީމާ ޞައްޙައެއް ނޫނެވެ."
ޢަބްދުލް ޢަޒީޒް އަލްޚުޟައިރު ވިދާޅުވިއެވެ:
"(އެހެންކަމުން) ޙަދީޘް ބަލިކަށިވިޔަސް މީގެ މާނައަކީ ވަކި ކޮންމެހެން އޭގެ މުރާދު ބަލިކަށްޓެކޭނޫނެވެ. އަދި އެއްވެސް (ޢިލްމުގެ) ބޭކަލެއް، ރޯދަވީއްލުން ނުދިނުމަކަށް ވިދާޅެއްނުވެއެވެ. އަދިކިއެއްހެއްޔެވެ؟ ރޯދަވީއްލުން ދޭށެވެ. އަދި ކާންދޭށެވެ. ތިބާއަށް ރޯދަވީއްލުމާއި ކެއުންދިނުމުގެ އަޖުރުވެއެވެ. އެހެނަސް ރޯދަވެރިޔާގެ ރޯދަ ފަަދަ އަޖުރެއް ތިބާއަކަށް ނުވެއެވެ."
ރޯދަ ފަރުޟު ކުރެވުނު ތާރީޚާއި އިތުރުއެކަލޭގެފާނު ހެކިވެލެއްވީ ކިތައް ރޯދަ މަސްކަން
ރަމަޟާން މަހުގެ ރޯދަ ފަރުޟު ކުރެވުނީ ހިޖުރައިން 2 ވަނަ އަހަރުގައެވެ. އެހެންކަމުން ނަބިއްޔާ ﷺ 9 ރޯދަ މަސް ހޭދަކުރެއްވިއެވެ.
ޢާފިޔަތަށް އެދި ދުޢާ ކުރާށެވެ!
عن شريح بن هانئ، عن عائشة (رضي الله عنها) قالت: «لَوْ عَرفْتُ أَيُّ لَيْلَةٍ ليْلة القَدْر مَا سَألتُ الله فِيهَا إلا العَافِيةَ»
ޢާއިޝާ رضي الله عنها ވިދާޅުވިއެވެ: ”ލައިލަތުލް ޤަދްރި ވިލޭރެޔަކީ ކޮބައިކަން ތިމަންކަމަނާ އަށް އެނގިއްޖައީހީ ނަމަ، ﷲ ޙަޟުރަތުން ޢާފިޔަތަށް⁽¹⁾ ނޫން ކަމަކަށް ތިމަންކަމަނާ އެރޭގައި ނުދަންނަވާހުށީމެވެ.“
ޢަބްދުލް ޢަޒީޒް އަލްޚުޟައިރު ވިދާޅުވިއެވެ: ”ރިވާކުރެއްވީ އިބްނު އަބީ ޝައިބާ އާއި އަލްބައިހަޤީ، އޭގެ އަސާސުގައި ޞައްޙަ ކޫފިއްޔު ސަނަދަކުންނެވެ. އެކަމަނާއަށް މަޥްޤޫފު ގޮތުގައެވެ.“ އަދި ޚާލިދުލް ޙާޔަކް ވެސް މިރިވާޔަތުގެ ސަނަދު ”ޞައްޙަ“ ކަމުގައި ވިދާޅުވިއެވެ.
~ ގަލަންދާން
_____________
[1] العَافِيَة އަކީ އޭގައި ފުން މާނައެއް އެކުލެވޭ ލަފުޒެކެވެ. އެހެންކަމުން އޭގެ މާނައިގައި ވަނީ ފިތުނަތަކުން ދީން ސަލާމަތް ކޮށްދެއްވުމެވެ. އަދި ޖިސުމު ދުޅަހެޔޮކަން ގެއްލިދިޔުމުންވެސް މެއެވެ. އަދި އޭނާގެ އަހުލުންނާއި މުދައުވެސް އެފަދަ އެންމެހާ ބަލާތަކަކުން ސާލާމަތްކޮށް ދެއްވުމެވެ.
ޢަފޫ (الْعَفْوَ) ކުރެއްވުމަށް އެދުމާއި (الْعَافِيَةَ) ޢާފިޔަތަށް އެދުމުގެ ފަރަޤަކީ ކޮބައޮހެއްޔެވެ؟
الْعَفْوَ (ޢަފޫ) ކުރެއްވުމީ، ދޫކޮށްދެއްވުމާއި ފޮހެދެއްވެވުމެވެ. އެހެންކަމުން މިއީ ފާފައިގެ މައްޗަށްވާ ޢުޤޫބާތް ފޮހެދެއްވެވުމެވެ. މިއާއި ޚިލާފަށް (المَغْفِرَة) އަކީ އޭނާގެ ޘަވާބުގެ ބަދަލަށް ފާފަފުއްސެވުމެވެ. އެހެންކަމުން މަޣްފިރަތަކީ އަޅުތަކުންނަށް ނިސްބަތް ނުވާ ﷲ އަށް އެކަނި ނިސްބަތް ކުރެވޭ ސިފައެކެވެ. އެހެންކަމުން اَسْتَغْفِرُ اللّه (އަޅާއަށް މަޣްފިރަތު ދެއްވާށި، އޭ ﷲ) މިހެން ބުނެވޭ ފަދައިން އެނޫން ފަރާތަކަށް، ނިސްބަތް ކުރެވި ނުބުނެވެއެވެ.
ބުނެވެއެވެ: الْعَفْو އަކީ ޢަޛާބު ކަނޑުވައިދެއްވުމެވެ. އަދި المَغْفِرَة އަކީ އޭގެ ފަހުން އޭނާ ފަޟީޙަތް ވުމާއި ބޭޒާރު ވުމުން ސަލާމަތްކުރެއްވުމެވެ. އެހެނީ ނަރަކައިގެ ޢަޛާބުން އޭނާ އެކީ އެއްކޮށް މިންޖުވުން ވަނީ (އެ ކުށްފާފަ ތަކުން އަންނަ) ފަޟީޙަތް ކުރެއްވުމުގެ ޢަޛާބުން މިންޖުވުމުންނެވެ.
ވީމާ الْعَفْو އަކީ ޖިސްމާނީ ޢަޛާބުން މިންޖުކުރެއްވުމެވެ. އަދި المَغْفِرَة އަކީ ރޫޙާނީ ގޮތުންނެވެ.
މިގޮތުން މިދެކަމާއި الْعَافِيَةَ މުޅިން ފަރަޤުވެގެން ވެއެވެ. އެއީ އަޅާގެ މައްޗަށް ލެއްވޭ ދުނިޔެވީ އަދި އުޚްރަވީ އެންމެހާ ބަލިމަޑުކަމާއި ބަލާތަކުން ދިފާޢުކޮށްދެއްވައި ދުޅަހެޔޮކޮށް ދެއްވުމެވެ. އަދި މީގެ މާނަ ފުޅާވެގެންވެއެވެ. (އިތުރު ތަފްޞީލަށް: މަޞްދަރު)
އަދި އައްތިރުމިޛީ އާއި އަޙްމަދު ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ: މުޢާޛް ބްނު ރިފާޢާ އެކަލޭގެފާނުގެ ބައްޕަ އަރިހުން ރިވާކުރެއްވިއެވެ: އަބޫ ބަކުރު އައްޞިއްދީޤު މިންބަރު މައްޗަށް އަރައިވަޑައިގެންނެވިއެވެ. ދެން ކީރިތި ކުރެއްވިއެވެ. އަދި ވިދާޅުވިއެވެ: ރަސޫލު ﷲ ﷺ ހިޖުރައިން ފުރަތަމަ އަހަރު ތެރޭގައި، މިންބަރު މައްޗަށް އަރައިވަޑައިގެންނެވިއެއެވެ. ދެން ކީރިތި ކުރެއްވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ: «سَلُوا اللَّهَ الْعَفْوَ وَالْعَافِيَةَ فَإِنَّ أَحَدًا لَمْ يُعْطَ بَعْدَ الْيَقِينِ خَيْرًا مِنَ الْعَافِيَةِ» ”ޢަފޫ ކުރެއްވުމަށާއި ޢާފިޔަތަށް ތިޔަބައިމީހުން ﷲ ޙަޟުރަތުން އެދޭށެވެ. ފަހެ ހަމަކަށަވަރުން (އީމާންކަމުގެ) ކަށަވަރަށްފަހު، ޢާފިޔަތަށް ވުރެ ހެޔޮ އެއްވެސް އެއްޗެއް ތިޔަބައިމިހުން ތެރެއިން އެކަކަށް ވެސް ދެއްވެވިފައި ނުވެއެވެ.“
އައްތިރުމިޛީ ވިދާޅުވިއެވެ: "މީގެ ސަނަދު ޙަސަން ޣަރީބެވެ." މުސްނަދުގެ ތަޚްރީޖުގައި އަލްއަރްނައޫޠު ވިދާޅުވިއެވެ: މީގެ ސަނަދު ޙަސަން އެވެ.