qalandhar | Unsorted

Telegram-канал qalandhar - Galandān ގަލަންދާނު

1843

ޢިލްމު އަދި އެއަށް ލޯބިކުރާ ދަރިވަރުންނަށް Notes by, ibn Fahmī Dīdī عفا الله عنه Friends & family

Subscribe to a channel

Galandān ގަލަންދާނު

Investigating the Beliefs of Who Leads the Prayer, is From The Ways of Khawārij and Heretics

“You mentioned, — may Allah guide us and you to the knowledge that brings him closer to Him and the deeds that He is pleased with — that you saw a man praying behind an imām, for many days, whose views were not known to him. Know, then — May Allah have mercy on us and you — that investigating such matters, is an innovation introduced by the Khārijites: revealing the views of the people and testing them with it. They followed the path of Al-Ma’mūn, Al-Mu’taṣim and Al-Wāthiq along with Ibn Abī Dāwūd, Bishr Al-Marīsī and from their direction, while none of the Companions — may Allah be pleased with them — nor the best from their Followers (Al-Tāb'īn) , objected in praying behind every imām who prayed with them, even behind Al-Ḥajjāj, Ḥubaysh bin Daljah, Najdah Al-Ḥarūrī, Al-Mukhtār, and [likewise] everyone accused of kufr…” —until he said: “...If you are not permitted to pray behind someone except that you have heard of, then verily you have lost your bargain.”

— Ibn Ḥazm, "Rasā‘il" (3/ 207)

~ Galandhaanu

Читать полностью…

Galandān ގަލަންދާނު


ސުވާލު: ހުކުރު ފަރުޟުވީ ނަބިއްޔާ صلي الله عليه وسلم ހިޖުރަ ކުރެއްވުމުގެ ކުރިންތޯ ނުވަތަ ފަހުންތޯއާމެދު އެއްވެސް ޚިޔާލު ތަފާތުވުމެއް އެބައޮތްތޯ؟ އިބްނު ރަޖަބު އެގޮތަށް ފާހަގަކުރެއްވިކަން އަޅުގަނޑަށް ފެނިފައިވެއެވެ.⁽²⁾

ޖަވާބު: އާއެކެވެ. އިޚްތިލާފު އެބައޮތެވެ. ތިން ރަޢުޔެއް އެކަމުގައިވެއެވެ. އެއީ މައްކާގައި ވާޖިބުވި ނަމަވެސް އެތަނުގައި އަދާނުކުރައްވާ ކަމާއި، ހިޖުރައަށްފަހު ފަރުޟުވެގެންވާކަމެއް ކަމާއި، މައްކާގައި ވާޖިބުވެ، މައްކާގައި ކުރެވުނު ކަމެއް ކަމުގައެވެ.

ސުވާލު: ހުކުރު ފަރުޟު ވެގެން ދިޔައީ ކަމަށް ދެކޭ މީހުންގެ ޚިޔާލު ބިނާވެފައިވަނީ އަޒްޒުހުރީގެ ބަލިކަށި ރިވާޔަތްތަކެއްގެ މައްޗަށް ހެއްޔެވެ؟

ޖަވާބު: އާއެކެވެ. އެކަމުގައި އެވެރިންގެ އަސާސަކީ އެއީ އެވެ. އަދި (މިމައްސަލާގައި އައިސްފައިވާ) ޞައްޙަ ރިވާޔަތަށް ބެލި ކަމުގައި ވިޔަސް، ވާޖިބުގެ ކުރެވުނު ވާހަކައެއް އޭގައި ނަންގަނެވިފައި ނުވެއެވެ.

އަދި އޭރު އެއީ ފަރުޟެއް ކަމުގައި (ބަޙުޘަށްޓަކައި) ބުންޏަސް، އެއަކުން އާޚިރުގެ ނައްޞުތަކުގައި ހުކުރުގެ ވާޖިބުވުން ޢާންމު އަމުރެއް ގޮތުގައި އޮތް އޮތުން ނަފީއެއް ނުކުރެއެވެ. އޭގެން (އެއަމުރު) ކޮންމެ ތަނަކަށް ވިޔަސް ތަޘްބީތުވުން ވެއެވެ.

މިއީ މައްކާގައި ހުކުރު ނުކުރެވުނު ސަބަބަކީ، ބިމުގެ ބާވަތަށް ބަލައިގެން ކަމަށް ކުރެވޭ ޤަބުލު ކުރުމަށް ބާރުދޭ އެއްވެސް ދަލީލެއް ނެތް ކަމުގެ އިތުރުނެނެވެ. އެއީ ހަމައެކަނި ކުރެވޭ ލަފާ ތަކެކެވެ.

ސުވާލު: އެންމެ ފަހުން ފާހަގަކުރެއްވި ކަންތަކަށް (އެބަހީ: މައްކާގައި ހުކުރު ނުޖުރެވުނީ، އޭރު އެތަނަކީ މުޝްރިކުންގެ ވެރިކަނުގައި އޮތް ދާރުލް ކުފުރަކަށް ވީތީ ކަމަށް ބުނާ ބުނުމަށް) ތާއީދުކުރާ އެއްވެސް ދަލީލެއް އެބައޮތްތޯއެވެ؟

ޖަވާބު: އަހަރެންނަށް އެނގިގެން ނެތެވެ. ❝


—ޝައިޚް ހައިޘަމް ސައިފައްދީން

~ ގަލަންދާނު


-------------------------
[2] فتح الباري شرح صحيح البخاري لابن رجب - ج 8 - 66-68 

Читать полностью…

Galandān ގަލަންދާނު

هَلْ أُنَبِّئُكُمْ عَلَىٰ مَن تَنَزَّلُ ٱلشَّيَٰطِينُ
އެއުރެންގެ މައްޗަށް ޝައިޠާނުން ފައިބާ މީހުންގެ ޚަބަރު، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވަން ހެއްޔެވެ؟...

« އައްޝުޢަރާއު 217 - 227 » (ދިވެހި ތަރުޖަމާ)

Читать полностью…

Galandān ގަލަންދާނު

މަންމައިންގެ ދުވަސް

”އިސްލާމީ ޝަރީޢަތް ވަނީ މައިމީހާ މަތިވެރިކޮށްފައެވެ. އަދި ކޮންމެ ދުވަހަކީ އެމައިމީހާއަށް ހެޔޮކޮށް ހިތަން ޖެހޭ ދުވަހެއް ގޮތުގައި ކަނޑަ އެޅިފައެވެ. އަދި ކިއެއްހެއްޔެވެ؟ އެމައިމީހާ ނިޔާވުމަށް ފަހު ވެސް، އެކަމަނާގެ އެކުވެރިންނަށް ކަމޭ ހިތުމަށް އަމުރުވެވިފައިއެވެ. ވީމާ އަހަރަކު އެއްދުވަސް އެކަމަނާއަށް ދިނުމަކީ އިހާނަތެކެވެ. އަދި ދީނަށް އަލަށް ގެނެވިފައިވާ ކަމެކެވެ. (ބިދުޢަ އެކެވެ.)“ — އައްޠަރީފީ

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

#ކައިވެނީގެފިގުހު 3

📌 ވަލީ އެއް ނުވާ އަންހެނާގެ ވަލީ އަކީ "އައްސުލްތާން" އެވެ.
މި ލަފުޒަށް ހޭވެރިވެ ތިބޭށެވެ! وعن عائشة رضي الله عنها قالت : قال رسول الله صلى الله عليه وسلم : " أيما امرأة نكحت بغير إذن وليها فنكاحها باطل فنكاحها باطل ، فنكاحها باطل ، فإن دخل بها فلها المهر بما استحل من فرجها ، فإن اشتجروا فالسلطان ولي من لا ولي له . رواه الترمذي ( 1102 ) وأبو داود ( 2083 ) وابن ماجه ( 1879 ) . وصححه الألباني في إرواء الغليل ( 1840 )

ޢާައިޝާ رضي الله عنه އަރިހުން، ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި ކަމަށް: "އެމީހެއްގެ ވަލީގެ ހުއްދަ އެއް ނެތި ކައިވެނި ކޮށްފި ކޮންމެ އަންހެނެއް، ފަހެ އޭނާގެ ކައިވެނި ބާތިލެވެ. އޭނާގެ ކައިވެނި ބާތިލެވެ. އޭނާގެ ކައިވެނި ބާތިލެވެ. އަދި އެހެނަސް އެކަނބުލޭގެ އާއި ރޭކޮށްފިތަ، ދެންފަހެ އެހިންދު އޭނާ އަށް މަހްރު (ކައިވެނީގެ ރަން) ހައްޤެވެ. އެ އީ އެކަނބުލޭގެ ފަރުޖު ހުއްދަ ކުރި ކުރުމަށެވެ. އަދި އެވެރިން (ވަލީ ވެރިންނާ މެދު) ދެބަސް ވެއްޖެތަ، ފަހެ ވަލީ އެއް ނުވާ އަންހެނާގެ ވަލީއަކީ އައްސުލްތާން އެވެ."

އިބްނު ޤުދާމާ އަލްމަޤްދިސީ ވިދާޅުވި އެވެ: "އަންހެނާގެ ވަލީވެރިން ނެތް ހާލު އޭނާ ކައިވެނި ކޮށް ދިނުން ވަނީ ސުލްތާނާއަށް ކަމާއި މެދު ޢިލްމުވެރިންގެ ދެމެދު އިޚްތިލާފެއް ވާކަމެއް އަހަރެމެންނަށް އެގިފައެއް ނުވެ އެވެ...
މިތާގައި އަލްސުލްތާން (سلطان) ގެ މުރާދަކީ (މުސްލިމުންގެ) އިމާމް އެވެ. ނުވަތަ އަލްހާކިމް އެވެ. (ހުކުމް ކުރާ ޣާޒީ). ނުވަތަ މިއަށް އެކަށީގެންވާ މީހެކެވެ." (އަލްމުޣުނީ 9/360)

ވީމާ، މުސްލިމުންގެ އިމާމް، ނުވަތަ އެ ބޭފުޅެއް ގެ ދަށުން އައްޔަން ވެފައިވާ މީހެއް ނޫނީ ޣާޒީ އެއް، ނެތިއްޖެ ހާލުގައި، މިކަން ކަމުގައި ހިފުން ވަނީ، އެކަމަށް އެކަށީގެންވާ، އިލްމީ ގޮތުން ޣާޒީއެއް ގެ މަގާމު އަދައު ކުރެވޭނޭ، ނުވަތަ އެތަނެއްގެ މުސްލިމުން ތެރެއިން ކަންކަމަށް އަމުރު ހިނގައި ލަފާ އެހި ބާރު ހުރި މީހެކެވެ.

ޝެއިޚުލް އިސްލާމް، އިބްނު ތައިމިއްޔާ ވިދާޅުވި އެވެ: "އަދި ކައިވެނީގެ ވަލީ އަރާ މީހެއް އެއްވެސްގޮތަކަށް ނެތިއްޖެ ހާލުގައި، ކައިވެނި ނޫން ކަން ކަމުގައި އަމުރު ހިންގުމުގެ ކުޅަދާނަކަން ހުރި ފަރާތަކަށް އެކަން ރައްދުވާނެ އެވެ. މިސާލަކަށް ރަށެއްގެ ރައީސެއް، (ދަތުރު މަތީނަމަ) ޤާފިލާ އެއްގެ އަމީރެއް، އަދި މިއާއި އެއްގޮތް ފަރާތްތަކަށެވެ." (އަލްއިޚްތިޔާރާތު ޞ. 350)

އެހެން ކަމުން، ކޮންމެ ކޮންމެ މުސްލިމަކަށް "ސުލްތާން" ގެ ހުކުމް ޤިޔާސް ކުރުން ހުއްދަވެގެން ނުވެ އެވެ. އަދި މިއީ ބޮޑު ފާހިޝް ފަސާދަ އެކެވެ. އަދި ޢިލްމީ ގޮތުން ބުރަދަނެއް ނެތް، ޣާޒީ އެއް ކަމުގައި ނުވެއްޖެ މީހެއް، އަންހެނާގެ ކައިވެނީގައި ވަލީ ވެރިންނާއި ދެބަސްވެ ނިޔާ ކަނޑަ އެޅުމުގައި އައްޔަން ކުރުން ހުއްދަވެގެންނެއް ނުވެ އެވެ. އަދި އެފަދަގޮތެއްގައި ވެ، ބާތިލުކޮށް ނިޔާކަނޑަ އަޅައި ކައިވެންޏެއް ކުރެވިއްޖެ ނަމަ، މި ސިލްސިލާގެ ފުރަތަމަ އަދަދުގައި ބަޔާން ކުރި ފަދައިން އެ އަޤުދު ބާތިލުވެގެން ވެ އެވެ. ދެން ދަންނާށެވެ. ޝަރުޢީ ޣާޒީ އެއް ވެސް ނެތިއްޖެ ހާލެއްގައި އަންހެނާ ވެއްޖެ ނަމަ، އަދުލުވެރި މުސްލިމެއް އޭނާގެ ކައިވެނިކޮށް ދިނުން ހުއްދަ ވެގެން ވެ އެވެ.

އިބްނު ޤުދާމާ ވިދާޅުވި އެވެ: "އަންހެނާ އަށް ވަލީ އެއް ވިޔަސް، އަދި ސުލްތާން ވިޔަސް ނުހޯދިއްޖެ ނަމަ، އަޙްމަދު ގެ ކިބައިން އައިސްފައިވާ ބަސްފުޅަކުން ދަލީލުކޮށްދެނީ، އެކަންބުލޭގެ ހުއްދަ އާއި އެކު އަދުލުވެރި މުސްލިމެއް އޭނާގެ ކައިވެނި ކޮށް ދިނުމަށެވެ. އަލްމުޣްނި 9/362

އަލްޤުރުތުބީ رحمه الله ވިދާޅުވި އެވެ: އަންހެނާ، އޭނާ އަށް ސުލްތާން އެއްވިޔަސް ނެތް އަދި ވަލީ ވެރިޔެއްވެސް ނެތް ދަންޑިވަޅެއް ދިމާވެއްޖެ ތަ، އެ ކަނބުލޭގެ މައްޗަށް ވަނީ އަވަށްޓެރިން ކުރެ، އެކަނބުލޭގޭއަށް އިތުބާރު ހުރި ފަރާތެއް އެކަންކަމާއި ހަވާލުވުމެވެ. އަދި އެމީހެއް އެކަނބުލޭގެ ކައިވެނި ކޮށް ދިނުމެވެ. އަދި އޭނާ އަކީ އެކަނބުލޭގެ ވަލީ ކަމުގައި އެ ހާލުގައި ވުމެވެ. އެހެނީ، އެއްވެސް ޝައްކެއް ނެތް ގޮތުގައި، އިންސާނުން ކައިވެނި ކުރެވެން ޖެހެ އެވެ. އަދި ކެރި ކުޅަދާނަ ވެވުނު މިންވަރަކުން އިހުސާންތެރިކަމާއި އެކު އެކަންތައް ކުޅައުމެވެ." (އަލްޖާމިޣު ލި އަޙްކާމް އަލްޤުރްއާން 3/76)

ސުވާލެއް: ވަލީވެރިޔެއް ނެތި، އެހެނަސް ސުލްތާން އެއް ހުރެއްޖެ ހާލުގައި، ވަކި ފަރުދެއް ކޮށްދޭ ކައިވެނި ސައްހަ ވާނެތަ؟

މިކަމުގައި ޢިލްމުވެރިންގެ އިޚްތިލާފެއް ވެ އެވެ. އޭގެ ތެރެއިން ބަޔެއް އެކަން ހުއްދަ ކަމަށް ވިދާޅުވި އިރު ގިނަ ބޭފުޅުން އެކަން މަނައު ކުރައްވަ އެވެ. އަދި މިކަމުގައި ރާޖިހު ގޮތަކީ ހުއްދަވިޔަސް، ހުއްދަވުން ވަނީ ޟަރޫރަތެއްގަ އެވެ. އެ އީ ބަލި މީހެއް ސުލްތާން އާއި ހަމަޔަށް ވާސިލުވެވެން ނެތް، ނޫނީ ދިގު ދަތުރެއް މަތީ ވެއްޖެ އަދި މިނޫވެސް މިފަދަ ޟަރޫރަތުގަ އެވެ. ﷲ أعلم. .........

Читать полностью…

Galandān ގަލަންދާނު

#ކައިވެނީގެފިގުހު 2

🔘 ކައިވެނި އިއުލާން ކުރުމުގެ ވާޖިބިއްޔަތު

ފިޤުހު ޢިލްމުވެރިންގެ ތެރެއިން ބަޔެއް ބޭފުޅުން ވަނީ ކައިވެނި އިއުލާން ކުރުމަކީ ކައިވެނީގެ ޝަރުތެއް ކަމަށް ވިދާޅުވެފަ އެވެ. އަދި މިއީ ހައްޤާއި ދުރު ނޫން ބުނުމެކެވެ. އެބޭފުޅުން މީގެ ސަބަބެއްގެ ގޮތުން ދައްކަވާފައިވަނީ ކައިވެނި އިއުލާން ކުރުމަކީ (ހަލާލު) ކައިވެންޔާއި ފާހިޝް ގުޅުމާއި ދެމެދުގައިވާ ފަރަގު ކަމެވެ. އަދި މިކަމަށް ބާރުދޭ ދަލީލެއް ގެ ގޮތުގައި ނަބިއްޔާ صلى الله عليه وسلم ގެ މި ޙަދީޘް ފުޅުވެ އެވެ:
" فصْل ما بين الحلال والحرام الدفوالصوت في النكاح "
ހަރާމާއި ހަލާލާއި ދެމެދު ވާ ތަފާތަކީ ކައިވެނީގެ ދަފު (އެ އީ ކުޑަ ބެރެއް) އަދި (އެ ހަފުލާ ގެ) އަޑެވެ.
رواه الترمذي ( 1088 ) والنسائي ( 3369 ) وابن ماجه ( 1896 ) . وحسَّنه الشيخ الألباني في " إرواء الغليل " ( 1994 ) .

އަދި ކިޔެއް ހެއްޔެވެ؟ އިމާމް އަޙްމަދު، އަބްދުﷲ ބިން އަލް ޒުބައިރު އަރިހުން، ﷲ ގެ ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި ކަމަށް ރިވާ ކުރެއްވި އެވެ: ( أعلنوا النكاح ) والحديث حسنه الألباني في إرواء الغليل (1993) "ކައިވެނި އިއުލާން ކުރާށެވެ" މިޔާއި އެކު ޖުމްހޫރް އިލްމުވެރިންގެ ރައުޔުގައި ކައިވެނި އިއުލާން ކުރުން، އެބަހީ އެޔަށް ހެކިވެރިންވުން ވާޖިބު ވެގެން ވެ އެވެ. އަދި ކިޔެއް ހެއްޔެވެ؟ މިއީ ކައިވެނީގެ ސައްހަ ކަމުގެ ށަރުޓެކެވެ.

📌 [ މުހިއްމީ އިއުލާނެވެ. އެކަހެރި ހެކިވެރިޔެއް ނޫނެވެ. ] ދަންނާށެވެ. "ހެކިވެރިން" ވުމުގެ މައްޗަށް އަދި "ދެ ހެކިވެރިން" ވުމުގެ މައްޗަށް މި ބާބުގައި އައިސްފައިވާ ހަޑީޠް ތަކުގައި ޚިލާފު ވެ އެވެ. އަދި އިމާމް އަޙްމަދު އާއި އިބްނުލް މުންޒިރު އަރިހުން މިފަދައިން ނަގުލު ވެފައި ވެ އެވެ. އިބްނު ޢަބްދުލް ހާދީ އަލްހަމްބަލީ އާއި އަލްޒަހަބީ މިފަދައިން އެދެބޭފުޅުން އަރިހުން ނަގުދު ކުރެއްވި އެވެ.

އަދި އިބްނު ތައިމިއްޔާ ވެސް މިފަދައިން މަޖްމޫޢު އަލްފަތާވާ ގައި ވިދާޅުވި އެވެ. އައްތިރްމިޒީ 3/411 ގައި "ބަޔާނާއި ނުލައި (އެބަހީ އެޔަށް ހެކިވާނޭ ހެއްކާއި ނުލައި) ކައިވެންޏެއް ނުވޭ) އޭ ބުނެވުނު ޙަދީޘް ނަގުދު ކުރެއްވުމަށް ފަހު ވިދާޅުވި އެވެ.
(އަދި މިރިވާޔަތަކީ މަރްފޫޢު ކޮށް ސާބިތު ނުވިޔަސް، މަޥްގޫފް ކޮށް އިބްނު ޢައްބާސް ގެ ބަސްފުޅެއް ގޮތުގައި ސައްހަ ރިވާޔަތެކެވެ.

އައްތިރްމިޒީ ވިދާޅުވި އެވެ: "އަދި މީގެ މައްޗަށް ނަބިއްޔާ صلى الله عليه و سلم ގެ ސަހާބީންގެ ޢިލްމުވެރިންނާއި އެބޭފުޅުންނަށް ފަހު ތާބިޢީ ބޭކަލުން އަމަލު ކުރެއްވި އެވެ.

ވިދާޅުވެތެވެ: "ހެއްކާއި ނުލައި ކައިވެންޏެއް ނުވެ އެވެ."

އޭގެތެރެއިން އިސްވެދިޔަ ބޭފުޅުން މިކަމުގައި ޚިލާފެއް ނުވެތެވެ. އެހެނަސް ފަހުގެ ޢިލްމުވެރިންގެ ތެރެއިން ފަހުގެ ބައިގަންޑެއް މެނުވީ އެވެ. އެ އީ (އެއްވަގުތެއްގައި ހެކިނުވެ) ވަކި ވަކިން މީހުން ހެކިވުމާއި މެދުގަ އެވެ. އެހެން ކަމުން ކޫފާ އާއި އެނޫން ތަންތަނުގެ ޢިލްމުވެރިންގެ ތެރެއިން ގިނަ ބޭކަލުން ވިދާޅުވެ ތެވެ: "ކައިވެނީގެ އަޤުދު ކުރެވޭ ވަގުތު (އެންމެ މަދުވެގެން) ދެ ހެކިވެރިން ނެތި ކައިވެނި ކުރުން ޖާއިޒެއް ނޫނެވެ." އަދި މަދީނަ ގެ ބޭކަލުންގެ ތެރެއިން ބަޔެއްގެ ރައުޔަކީ، އެކަން އިއުލާން ކުރެވޭނަމަ، ވަކި ވަކިން ހެކިވުން ޖާއިޒުވެގެންވާ ކަމަށެވެ. އަދި މިއީ (އިމާމް) މަލިކް ބިން އަނަސް އާއި އެނޫން ބޭކަލުންގެ ގައުލެވެ. އަދި މިއީ އިސްޙާޤް މަދީނާގެ އަހުލުންގެ އަރިހުން ނަގުދުކުރެއްވި ގޮތެވެ. (އައްތިރްމިޒީގެ ބަސްކޮޅު ނިމުނީ)

އަލްބަޣާޥި "ޝަރަޙަ އައްސުންނަތް" 9/46 ގައި ވިދާޅުވި އެވެ: "އިލްމުވެރިންގެ ތެރެއިން ގިނަ ބޭފުޅުން ނަގުދު ކުރައްވާފައިވަނީ ބަޔާންވަނިވި ހެއްކާނުލައި ކައިވެނި އަގުދު ނުވާނޭ ކަމެވެ. އަދި މިކަމުގެ މައްޗަށް ސަހާބީންނާއި އެބޭފުޅުންނަށް ފަހު ވީ ތާބިޢީންނާއި އެނޫން ބޭފުޅުންގެ ފަރާތުން ފާޅުވަނިވި ޚިލާފެއް ނުވެ އެވެ. އެހެނަސް ފަހުން އައި ބޭކަލުން ތަކެއް މެނުވީ އެވެ.

ބުނެވެ އެވެ: އެ އީ އަބޫ ޘަވްރު ގެ ބުނުމެވެ: "ހެކިވެރިންނަކީ ކައިވެނީގެ ޝަރުތެއް ނޫން" ކަމަށެވެ. އަދި ގިނަ ޢިލްމުވެރިން ނަގުދު ކުރައްވަނީ އަގުދު ކުރެވޭ ވަގުތު ހެކިވެރިން ހާޒިރުނުވެ އަގުދެއް ނުވެވޭނޭ ކަމެވެ.

ބައެއް ޢިލްމިވެރިން ނަގުދު ކުރައްވާފައިވަނީ، ދެ ހެކިވެރިން އަގުދުކުރުމަށް ނެތަސް، އިއުލާން ކުރުމުން މިކަން ހާސިލު ވެގެން ދާ ކަމަށެވެ. މިހެނީ ދެ ހެކިވެރިން ޝަރުތު ކުރުމަށް ހުރި ހަދީޘްތައް ބަލިކަށިވުމުގެ ސަބަބުންނެވެ. އެހެނީ ހެކިވެރިން ބޭތިއްބުމުގެ މަގުސަދަކީ މިވެނި އަންހެން މީހެއްގެ ފިރިމީހާއަކީ މި ފިރިހެނާ ކަމަށް އަންގައިދީ ބަޔާން ކޮށްދިނުން ކަމުގައި ވެފައި، އިއުލާނުކޮށް ފާޅުކުރުމުގެ ސަބަބުން އެކަން ހާސިލުވެދާތީ އެވެ.

Читать полностью…

Galandān ގަލަންދާނު

(ސަލަފުން އެއެއްމަތީ ތިއްބެވި ތެދުވެރިކަމާއި ހެޔޮ އަޚްލާޤަށް ދަޢުވަތު ދިނުމުގެ މުޙިއްމު ކަން)

❞ އަދި ކާފަރުންނާ ޖިހާދުކޮށް، އެވެރިންގެ އަތްދަށުވެފައިވާ މުސްލިމުންގެ ބިންތަކާއި މުސްލިމުންގެ އަސީރުން މިނިވަންކުރުން ވާޖިބުވެގެންވެއެވެ. އަދި ކާފަރުންނާ ދެކޮޅަށް އެކަތިގަނޑަކަށްވެ އޮތުން، މުސްލިމުންގެ މައްޗަށް ވާޖިބެވެ. [ހަމަ އެފަދައިން ވާޖިބުވެގެންވަނީ] އެއްބައިވެ، ﷲ އާއި އެއިލާހުގެ ރަސޫލާއަށް ކިޔަމަންތެރިކަން މަތީ ހަނގުރާމަކޮށް، އެއިލާހުގެ މަގުގައި އެގޮތުގައި ޖިހާދު ކުރުމެވެ. އަދި ސަލަފުން އެއެއްމަތީ ތިއްބެވި ތެދުވެރިކަމާއި ހެޔޮ އަޚްލާޤަށް މުސްލިމުތަކުންނަށް ދަޢުވަތު ދިނުމެއެވެ. އެހެނީ ހަމަކަށަވަރުން މިއީ އެއަކާއިގެން ﷲ އެއިލާހުގެ ރަސޫލުން ފޮނުއްވަވައި އެއަކާއިގެން އެއިލާހުގެ ފޮތްތައް ބާއްވައިލެއްވި، އިސްލާމް ކަމުގެ އެންމެ މަތިވެރި އަސާސުތަކުވެ ތެރެއިން ހިމެނިގެންވާ އަދި އީމާން ކަމުގެ އެންމެ ވަރުގަދަ ބިންގަލުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. އެއިލާހުގެ އަޅުތަކުންނަށް ޖުމްލަކޮށް އެކަތިގަނޑަކަށްވުމަށް އަމުރު ކުރައްވައި، ބައިބައިވެ އިޚްތިލާފުވުން އެއިލާހު ނަހީކުރެއްވިއެވެ. އެއިލާހު تعالى ވަޙީ ކުރެއްވި ފަދައިންނެވެ: {أَنۡ أَقِيمُواْ ٱلدِّينَ وَلَا تَتَفَرَّقُواْ فِيهِۚ} ”(އެ وصية އަކީ) ތިޔަބައިމީހުން دين قائم ކުރާށެވެ! އަދި އޭގައި ތިޔަބައިމީހުން ބައިބައިނުވާހުށިކަމެވެ!“⁽¹⁾ އަދި އެއިލާހު تعالى ވަޙީކުރެއްވިއެވެ: {وَلَا تَكُونُواْ كَٱلَّذِينَ تَفَرَّقُواْ وَٱخۡتَلَفُواْ مِنۢ بَعۡدِ مَا جَآءَهُمُ ٱلۡبَيِّنَٰتُۚ} ”ފާޅުވެގެންވާ ހެކިތައް އެއުރެންނަށް އައުމަށްފަހު، ވަކިވަކިވެ خلاف ވީ މީހުން ފަދައިން، ތިޔަބައިމީހުން ނުވާށެވެ!“⁽²⁾ އަދި އެއިލާހު سبحانه ޚަބަރުދެއްވާފައިވަނީ އެންމެހާ ރަސޫލުން ވެސް އެއިލާހު ފޮނުއްވެވީ އިސްލާމް ދީނާއިގެން ކަމެވެ. އެއިލާހު تعالى ވަޙީ ކުރެއްވި ފަދައިންނެވެ: {مِّلَّةَ أَبِيكُمۡ إِبۡرَٰهِيمَۚ هُوَ سَمَّىٰكُمُ ٱلۡمُسۡلِمِينَ مِن قَبۡلُ...} ”ތިޔަބައިމީހުންގެ ބަފައިކަލުނަވި إبراهيم ގެފާނުގެ ملّة އަށް ތިޔަބައިމީހުން تبع ވާށެވެ! ކުރީގެ ފޮތްތަކުގައްޔާއި، މި قرآن ގައި ތިޔަބައިމީހުންނަށް مسلم ންގެ ނަން ދެއްވީ އެކަލާނގެއެވެ.“⁽³⁾ ❝


— شيخ الإسلام އިބްނު ތައިމިއްޔާ رحمه الله
(މުޚްތަޞިރް ފަތާވާ އަލްމިޞްރިއްޔާ ޞ. 496)


~ ގަލަންދާނު


-------------------
[1] الشورى: 13
[2] آل عمران : 105
[3] الحج : 78

Читать полностью…

Galandān ގަލަންދާނު

•.
"صَلَّى عَلَيْكَ اللهُ مَا لَفَظَ الوَرَى
حَرفًا مِنَ الأذكَارِ والقُرآنِ". ﷺ ♥️

Читать полностью…

Galandān ގަލަންދާނު


{ وَمَنْ كَانَ فِي هَذِهِ أَعْمَى فَهُوَ فِي الآخِرَةِ أَعْمَى وَأَضَلُّ سَبِيلًا } [الإسراء:72] ”އަދި މިދުނިޔޭގައި (ޙައްޤަށް) ކަނުމީހަކު، آخرة ދުވަހުގައިވެސް ވާނީ، ކަނުމީހެއް ކަމުގައެވެ. އޭނާ ވާހުށީ، މަގު ގެއްލިފައިވާ މީހަކު ކަމުގައެވެ.“ މީސްތަކުންގެ ތެރެއިން ބައިގަނޑެއް، ފަހެ ހަމަކަށަވަރުން ﷲ عز وجل އެއުރެންނަށް ފެނުން ދެއްވައެވެ. އެހެނީ ﷲ އެއުރެންނަށް ހެޔޮ އިރާދަކުރައްވާތީ އެވެ. އެހެންކަމުން ކޮންމެ ދުވަހަކުމެ، އެއުރެންގެ އީމާންކަމާއި ބަޞީރަތު އިތުރުވެއެވެ. އަދި އެއުރެންގެ އަމިއްލަ ނަފުސާއިމެދުވާ މަޢުރިފާކުރުމާއި އެވެރިންގެ ޙާލަތްތައް މަޢުރިފާކުރުމާއި މީސްތަކުންނާއި މެދު މަޢުރިފާވުމާއި ދީނާއި މެދު މަޢުރިފާވާ މަޢުރިފާވެސް މެއެވެ. އަދި މިބައިމީހުންނީ ﷲ عز وجل އެބަޔާކާއިމެދު މިހެން ވަޙީ ކުރެއްވި މީހުން ތެރެއިން ބައެކެވެ:

{ يَا أَيُّهَا الَّذِين آمَنُوا إِنْ تَتَّقُوا اللَّهَ يَجْعَلْ لَكُمْ فُرْقَانًا وَيُكَفِّرْ عَنكُمْ سَيِّئَاتِكُمْ وَيَغْفِرْ لَكُمْ وَاللَّهُ ذُو الْفَضْلِ الْعَظِيمِ} [الأنفال:29] (އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، اللَّه އަށް تقوى ވެރިވާނަމަ، ތިޔަބައިމީހުންނަށް حق އާއި، باطل ވަކިކުރާނެ މަގު، އެކަލާނގެ ދައްކަވާނެތެވެ.

އަދި ތިޔަބައިމީހުންގެ ކިބައިން ކުށްފާފަތައް ފިއްލަވާނެތެވެ. އަދި ތިޔަބައިމީހުންނަށް ފާފަފުއްސަވާނެތެވެ. اللَّه އީ، ބޮޑުވެގެންވާ فضل ވަންތަކަމުގެ ވެރިރަސްކަލާނގެއެވެ.) . އެހެންކަމުން ﷲ ގެ ވަޙީ ބަސްފުޅު: يَا أَيُّهَا الَّذِين آمَنُوا إِنْ تَتَّقُوا اللَّهَ يَجْعَلْ لَكُمْ فُرْقَانًا.. (އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، اللَّه އަށް تقوى ވެރިވާނަމަ، ތިޔަބައިމީހުންނަށް حق އާއި، باطل ވަކިކުރާނެ މަގު، އެކަލާނގެ ދައްކަވާނެތެވެ.) މީގައި މިވަނީ ދެ ކަމަކަށް ވާ ޝަރުޠެކެވެ:

ފުރަތަމައީ: އެ ޝަރުތުގެ ޢަމަލެވެ. ދެވަނައީ: އޭގެ ޖަވާބާއި އޭގެ ޖަޒާއެވެ. އަދި ޝަރުޠުގެ ޢަމަލު ނުފޯދެނީސް އޭގެ ޖަވާބު ނުފޯދޭނޭ ކަމާއިމެދު ޢިލްމުވެރިންގެ ތެރޭ ޚިލާފެއް ނުވެއެވެ. ވީމާ އެއިލާހު عز وجل ގެ ވަޙީ : { يَجْعَلْ لَكُمْ فُرْقَانًا } (އަލްފުރުޤާން (އެބަހީ: حق އާއި، باطل ވަކިކުރާނެ މަގު) އެކަލާނގެ ދައްކަވާނެތޭ) — މިއީ އެ ޝަރުޠުގެ ޖަވާބެވެ. ޝަރުޠުގެ ޢަމަލު ނުފޯދެނީސް މި ފޯދުން ނުވެއެވެ. އެއީ { إِنْ تَتَّقُوا اللَّهَ } (ﷲ އަށް ތިޔަބައިމީހުން ތަޤުވާވެރިވާ ނަމައޭ) މިއެވެ. އަދި ތަޤުވާ އަކީ އަމުރުވެވިގެންވާ ކަންކަން ކޮށް އިންޒާރުދެވިގެންވާ ކަންކަމުން ދުރުހެލިވުމެވެ. ﷲ އަށް ކިޔަމަންގަތުމުގެ ޢަމަލުތައް، ﷲ ޙަޟުރަތުންވާ ނޫރުގެ މަތީ ﷲ ގެ ޘަވާބަށް އެދި ކުރުމުވެ. ޝަރުޠުގެ ޢަމަލު ނާންނަނީނަމަ، ޝަރުޠުގެ ޖަވާބު ދުވާހަކުވެސް އައުން ނުވެއެވެ. އެހެންކަމުން އިންސާނާ އަބަދުވެސް ފުރިހަމަ ކަމަށް މަސައްކަތް ކުރެއެވެ. އަދި އިންސާނާއަށް އީމާންކަން ޙާޞިލްވެއެވެ. އަދި ދީން ޙާޞިލްވެއެވެ. އެހެނީ ﷲ عز وجل ވަޙީ ކުރެއްވިއެވެ: { وَاعْلَمُوا أَنَّ اللَّهَ يَحُولُ بَيْنَ الْمَرْءِ وَقَلْبِهِ وَأَنَّهُ إِلَيْهِ تُحْشَرُونَ } [الأنفال:24] (އަދި ތިޔަބައިމީހުން ދަންނާށެވެ! ހަމަކަށަވަރުން، اللَّه، އިންސާނާއާއި، އޭނާގެ ހިތުގެ އެދުންތަކާ ދެމެދު ހުރަސްއަޅުއްވަތެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުން (قيامة ދުވަހުން) އެއްކުރައްވާހުށީ، އެކަލާނގެ حضرة އަށެވެ.)

ބައެއްފަހަރު ޢިންސާނާ ކަމަކާއިމެދު ލުއިކޮށްލައި ފަރުވާ ކުޑަކޮށްލާއިރު އެއީ އޭނާ ބަލިކަށި ވުމުގެ ސަބަބު ކަމުގައި ވެއެވެ. މިވާހަކަ އިބްނުލް ޖަޥްޒީ "ތަލްބީސި އިބްލީސް" ގައި ވިދާޅުވިއެވެ: ހަމަކަށަވަރުން ޝައިޠާނާ އިންސާނާ އަށް ހެޔޮކަމުގެ ދޮރުތަކުން 99 ދޮރު ހުޅުވައެވެ. އެއީ އޭނާއާއި ހަމައަށް އޭގެން ނުބައިކަމުގެ އެއްދޮރުން ވާޞިލުވުމަށްޓަކައެވެ. އެދޮރުތަކުން ހުސް ހެޔޮ އާދެއެވެ. އަދި މިއީ ޝައިޠާނާ އަޅާ ގާތަށް ވަންނަ ގޮތްތަކުން ގޮތެކެވެ. އަދި މި ކޮންމެ އެއްޗެއްގައިވެސް ހިމެނިދާނެއެވެ. އެއީ ދަތިއެއް ނޫނީ މުދަލެއް ނޫނީ ވެރިކަމެއް ނޫނި މަގާމެއް ތެރޭން ވިޔަސް މެއެވެ. އަދި ބައެއް ފަހަރު ޝައިޠާނާ މިޢަމަލު އަޅާއަށް ޒީނަތްތެރި ކުރުވަދެއެވެ. އެއިން އޭނާގެ އެންމެހާ ޢަމަލެއް ފަސާދަކޮށްލުމަށް ޓަކައެވެ. އިންސާނާ އަބަދުވެސް އައްޑަނައަޅައި އޭނާގެ ގެ ނަފްސު ދިފާޢެއް ކަމުގައި ހަދައި އޭނާ އާއި ޙަރާމާއި ދެމެދު ރައްކާއުތެރިކަމުގެ ހުރަސް އަޅައި ހުރެއެވެ.
އަދި ޙަރާމާއި އޭނާ އާއިދެމެދު ރައްކައުތެރިކަން ނުލައިފި ހިނދެއްގައި އޭނާ ޙަރާމަށް ވެއްޓެއެވެ.

=

Читать полностью…

Galandān ގަލަންދާނު


❞ (އަހަރެމެންގެ) އަޚް، ސުވާލުކުރީ، الله - عز وجل ގެ މި ވަޙީ ބަސްފުޅުގެ މާނަ އާއި މެދުގައެވެ: { يَا أَيُّهَا الَّذِينَ آمَنُوا لا تُلْهِكُمْ أَمْوَالُكُمْ وَلا أَوْلادُكُمْ عَنْ ذِكْرِ اللَّهِ}⁽¹⁾ , އަދި سورة الأنفال ގައިވާ الله تعالى ގެ ވަޙީ ބަސް ފުޅާއި މެދުގައި ވެސްމެއެވެ: { وَاعْلَمُوا أَنَّمَا أَمْوَالُكُمْ وَأَوْلادُكُمْ فِتْنَةٌ وَأَنَّ اللَّهَ عِنْدَهُ أَجْرٌ عَظِيمٌ }⁽²⁾ [الأنفال:28]

(1) އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރިންތައް — اللَّه ހަނދުމަކުރުމުން — ތިޔަބައިމީހުން މަޝްޣޫލު ކޮށް ދުރުކުރިޔަ ނުދޭހުށިކަމެވެ!

(2) އަދި ތިޔަބައިމީހުން ދަންނާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރިންނަކީ، ފިތުނައެކެވެ. (އެބަހީ: އިމްތިޙާން އެކެވެ.) އަދި ހަމަކަށަވަރުން، ބޮޑުވެގެންވާ ދަރުމަ ވަނީ، اللَّه ގެ ޙަޟުރަތު ގައެވެ.

ދަރިންނާއި މުދަލަކީ ﷲ އަށް ކިޔަމަން ގަތުމުގެ ތެރެއިން ވާ އެއްޗެކެވެ. އަދި އެހެނަސް އިންސާނާ އެއާއިމެދު ބިރުވެތިވާން ވެސް ޖެހެއެވެ. މިމާނާގައިވާ ދަލީލުތައް ގިނަގުނަ އެވެ . އަދި އިންސާނާ ޤުރުއާނާއި ސުންނަތުގައި ހިފައި، އަދި އޭނާގެ ނަފުސާއި ﷲ އަށް ކިޔަމަންގަތުމާ ދީނުގައި ހިފުމާއި ދެމެދަށް އެއްވެސް އެއްްޗެއް ނުވެއްދުމަށް ﷲ عز وجل އެތަކެއް ދަނޑިވަޅެއްގައިވަނީ ހަނދުމަކޮށްދެއްވާފައެވެ. ދުނިޔެއެއްވެސް ވަޒީފާއެއްވެސް ދަރިއެއްވެސް މުދަލެއްވެސް ނޫނީ އެނޫން އެއްޗެއް ވިޔަސް އެވެ. އެހެނަސް ބައެއް ފަހަރަށް ހުއްދަ އެއްޗަކުން އަޅަކު ޙަރާމުގެ ތެރެއަށް ގެންދެއެވެ. މިއީ އެނގިހުރެ އަދި އިޚްތިޔާރުގައި ޙަރާމަކަށް އަރައިގަތުމާ ޚިލާފަށެވެ. އެހެނީ މިއީ ސީދާ އޭގެ އަޞްލެވެ. (އެކަމުގައި ވަނީ) އެހެންޏާ ﷲ އޭނާއަށް ފާފަ ފުއްސެވުމެވެ. ދެންފަހެ އޭނާ އެއަށް މާނަތައްކޮށް އެއަށްވުރެ ނުބައިން ނުބަޔަށް ދިއުމެވެ. އެއީ ޞަޙީޙު ގައި، މުސްލިމް ގައި ވާފަދައިންނެވެ. އަބޫ ހުރައިރާ އަރިހުން، ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ:


(( بَادِرُوا بِالْأَعْمَالِ فِتَنًا كَقِطَعِ اللَّيْلِ الْمُظْلِمِ، يُصْبِحُ الرَّجُلُ مُؤْمِنًا وَيُمْسِي كَافِرًا، أَوْ يُمْسِي مُؤْمِنًا ويصبح كافرا يبيع دينه بعرضٍ من الدنيا )) .

“ކަޅުފޮއި ރެއެއްގެ އަދިރިގަނޑެއްފަދަ ފިތުނަތައް [ފާޅުވުމުގެ ކުރިން] ތިޔަބައިމީހުންގެ ޢަމަލުތައް ކުރުމުގައި ކުރިއަރައި ދާށެވެ. [އެހިނދުގައި] މުއުމިނެއްގެ ގޮތުގައި ހެނދުނުކުރާ މީހާ ކާފިރުކަންމަތީ ހަވީރު ކުރެއެވެ. ނުވަތަ މުއުމިނެއްގެ ގޮތުގައި ހަވީރު ކުރާމީހާ ކާފިރުކަންމަތީ ހެނދުނު ކުރެއެވެ. ދުނިޔޭގެ ލައްޒަތަކަށްޓަކައި އޭނާ އޭނާގެ ދީން ވިއްކާލައެވެ.”
އަދި ﷲ عز وجل ކުފުރަށްވާ އިކުރާހު ޛިކުރު ކުރެއްވި ހިނދު:
{ إِلَّا مَنْ أُكْرِهَ وَقَلْبُهُ مُطْمَئِنٌّ بِالإِيمَانِ وَلَكِنْ مَنْ شَرَحَ بِالْكُفْرِ صَدْرًا فَعَلَيْهِمْ غَضَبٌ مِنَ اللَّهِ وَلَهُمْ عَذَابٌ عَظِيمٌ * ذَلِكَ بِأَنَّهُمْ اسْتَحَبُّوا الْحَيَاةَ الدُّنْيَا عَلَى الآخِرَةِ وَأَنَّ اللَّهَ لا يَهْدِي الْقَوْمَ الْكَافِرِينَ } [النحل: 106-107] .

[إيمان ކަމަށް، އެމީހާގެ ހިތްހަމަޖެހިގެންވާ حال، مجبور ވެގެންވާ މީހާ މެނުވީ، إيمان ވުމަށްފަހު، اللَّه އަށް كافر ވެއްޖެމީހާ، އަދި އެހެނެއްކަމަކު (އެބަހީ: مجبور ވެގެންވިޔަސް) كافر ކަމަށް ހިތްތަނަވަސް ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނަށް اللَّه ގެ حضرة ން ކޯފާލެއްވުންހުށްޓެވެ. އަދި ބޮޑުވެގެންވާ عذاب، އެއުރެންނަށްހުށްޓެވެ.
އެއީ ހަމަކަށަވަރުން، އެއުރެން، آخرة ގެ މައްޗަށް، دنيوى حياة އިސްކުޅައުމުގެ ސަބަބުންނެވެ. އަދި ހަމަކަށަވަރުން، كافر ވީމީހުންނަކަށް، اللَّه، ތެދުމަގެއް ނުދައްކަވާނެތެވެ.]

މިދަނޑިވަޅުގައި ﷲ عز وجل އެވެރިންގެ ކުފުރާއި އިސްލާމް ދީނުން ބޭރުވުމުގެ ސަބަބެއް ގޮތުގައި ޛިކުރު ކުރައްވާފައިވަނީ އެއުރެން ދުނިޔެވީ ޙަޔާތަށް ލޯބިކުރުމެވެ. އެއީ ދީނަށް ރުޅިއައިސް ގެނެއް ނޫނެވެ. އަދި ދީނަށް ޢަދާވާތްތެރިވެ އެއްވެސް ނޫނެވެ. އަދި އިސްލާމް ކަމުން ބޭރުވުމުގެ ނިޔަތެއްވެސް އޭގައި އޮވެގެނެއް ނޫނެވެ. އެހެނަސް އެއުރެން އާޚިރަތުގެ މައްޗަށް ދުނިޔެ އިސްކުޅައެވެ. އަދި ކާފަރުވިއެވެ. މިހެންކަމުން، ދީނުން ބޭރުވާ ކަންކަމުގެ ތެރެއިން ކަމެއް ކޮށްފި މީހަކަށް، އޭނާގެ ހިތްނިޔަތް ތަފްޞީލުކޮށް ބަލައިހޯދުމެއް އަހަރެމެންނަށް ޝަރުޠުވެގެންނެއް ނުވެއެވެ. ދީނަށް ރުޅިވެރިކަން ވޭތޯ ނުވަތަ ލޯބިވޭތޯ އެވެ. އެއީ މިހެން ބުނިމީހުން (ފަދައެވެ) : ”ތިމަންމެންގެ މިކިޔަވާއުޅޭ މިބައިމީހުން (ނަބިއްޔާގެ ޞަޙާބީންނަށް ނިސްބަތްކޮށް މި) ފަދަ ބަޔަކު ތިމަންނާމެން ނުދެކެމެވެ. އެބައިމީހުންގެ އެންމެ ސަމާލުކަންދެނީ އެބައިމީހުން ބަނޑުތައް ފުރުމަށެވެ. އަދި އެޔަށްވުރެ ދޮގުވެރި ބަޔަކު ނުވެއެވެ. އަދި ޢަދުއްވުންނާއި ބައްދަލުކުރާހިނދު އެޔަށްވުރެ ފިނޑިބަޔަކުނުވެއެވެ.“

=

Читать полностью…

Galandān ގަލަންދާނު

📌 ކާފަރު ގައުމަކުން އެތެރެކުރެވޭ އެއްގަމު މަހުގެ ޙުކުމްތައް

[މަޞްދަރުތައް: އަލްޢަލްވާން، އަލްޢުޘައިމީން، އައްޠަރީފީ، އޭގެ އިތުރުން، އަލްމަކްތަބުއް ޝަރްޢީ (ޝާމް) ފަތުވާ ص ٤٤ ش. ع-٥ ގެ ނަޒަރަކާއި އެކު]

[މިފޮޓޯގެ HD ވަރޝަން، ޝެއަރ ކުރައްވާ]

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު


📌 އަލް-ޙަޥްލް ގެ ނިދާ !

ޖަންނަތުގެ ނިޢްމަތް ދެވޭ މީހުންގެ ޞިފަތައް ބަޔާން ކުރައްވަމުން، اللّه تعالى ވަޙީ ކުރެއްވިއެވެ:
وَيُطْعِمُونَ الطَّعَامَ عَلَى حُبِّهِ مِسْكِينًا وَيَتِيمًا وَأَسِيرًا 
"އަދި އެތަކެއްޗަށް ލޯބި ހުރުމާއެކުވެސް، މިސްކީނުންނާއި، ޔަތީމުންނާއި، ހައްޔަރުވެފައިވާ މީހުންނަށް އެއުރެން ކާތަކެތި ކާންދެތެވެ."

މީގެ ތަފްސީރުގައި، އަލްބަޣަވީ ވިދާޅުވިއެވެ:

 ( وَيُطْعِمُونَ الطَّعَامَ عَلَى حُبِّهِ ) "އަދި ކާތަކެތި ކާންދެއޭ، ވާ ލޯވްބާއި އެކު" އެބަހީ، ކާތަކެއްޗަށް ވާ ލޯތްބާއިއެކު، އަދި އޭގެ ތަދުމަޑުކަމާއި، އެއަށް އޭނާ ދަހިލަވާފައިވާއިރު، އަދި އެއަށް އޭނާ ބޭނުންޖެހިފައިވާ ހިނދުވެސް ކަމެވެ.

އަދި ބުނެވެއެވެ: (އެއުރެނަށް ކާންދެނީ އެވެރިންގެ ހިތްތަކުގައިވާ) اللّه - عَزَّ وَجَلَّ - ވާ ލޯތްބާއި އެކުގައޭ އެވެ.

( مِسْكِينًا ) މިސްކީނުން، އެބަހީ: މުދާވެރި ނޫން ފަޤީރުކަމުގައިވާ މީހުންނެވެ. ( وَيَتِيمًا ) ޔަތީމުން، އެއީ ބައްޕަ ނެތް (އެބަހީ: މަރުވެފައިވާ) ޅަ ކުދިންނެވެ.

( وَأَسِيرًا ) އަދި "އަސީރުން" : މުޖާހިދު އާއި ސަޢީދު ބުނު ޖުބައިރު އަދި ޢަޠާއު ވިދާޅުވިއެވެ: "އެއީ ޤިބުލައިގެ އަހުލުން (އެބަހީ: މުސްލިމުން) ތެރެއިން ޖަލުގައިވާ މީހުންނެވެ.

(ނޯޓް: "ޤިބުލައިގެ އަޙުލުން" ކަމަށް ޢިލްމުވެރިން ވިދާޅުވަނީ، ފާފަވެރި އަދި ބިދުޢަވެރި ވިޔަސް އިސްލާމްކަމުގެ ތަރަހައިގައި ހިމެނޭ އެންމެންނަށެވެ. އެހެންކަމުން، ފާފައާއި ފާސިޤުކަން ނޫނީ ބިދުޢަކަށްޓަކައިވިޔަސް މުސްލިމުން ތެރެއިން ހައްޔަރުވާ މީހުންނަށް އަޅާލުމުގެ މައްޗަށް މީގައި ދަލީލުވެއެވެ.)

ޤަތާދާ ވިދާޅުވިއެވެ: "ހައްޔަރުވެފައިވާ މީހުންނަށް ހެޔޮކޮށް ހިތުމަށް اللّه އަމުރުކުރެއްވިއެވެ. އަދި ހަމަކަށަވަރުން އެޒަމާނުގައި އަސީރުންނަކީ (އެވެރިންނާއި ޖިހާދުކޮށް ހައްޔަރުވެވޭ) މުޝްރިކުންނެވެ."

ބުނެވެއެވެ: (އޭގެ މުރާދަކީ) އަސީރުވެ އަޅުންގޮތުގައި ނެގޭ މީހުންނެވެ.

އަދި ބުނެވެއެވެ: (އޭގެ މުރާދަކީ) އަންހެންވެރިންނެވެ. އެއީ ނަބިއްޔާ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - މިޙަދީޘް ފުޅުގައިވާ ވާފަދައިންނެވެ: " اتَّقَوْا اللَّهَ فِي النِّسَاءِ فَإِنَّهُنَّ عِنْدَكُمْ عَوَانٌ " "އަންހެންވެރިންނާއި މެދު (އެބަހީ: އެވެރިންނަށް ހެޔޮކޮށް ހިތުމާއިމެދު) اللّه އަށް ބިރުވެތިވާށެވެ. އެހެނީ ހަމަކަށަވަރުން އެކަނބަލުންނަކީ ކަލޭމެންގާތުގައިވާ "ޢަވާނުން" ނެވެ." އެބަހީ، ހައްޔަރީންނެވެ.

މިއާޔަތް ބާއްވައިލެއްވުނު ސަބަބާއިމެދު ޢިލްްވެރިން ޚިލާފުވިއެވެ:

މުޤާތިލް ވިދާޅުވިއެވެ: "މިއާޔަތް ބާއްވައިލެއްވުނީ އަންޞާރުންގެ ތެރެއިން ބޭފުޅަކާއިމެދުގައެވެ: އެކަލޭގެފާނު އެއްދުވަސް ތެރޭ، މިސްކީނަކާއި ޔަތީމަކާއި އަސީރަކަށް ކާންދެއްވިއެވެ."

އިބްނު ޢައްބާސް އަރިހުން މުޖާހިދު އާއި ޢަޠާއު ގެނެވިގޮތުގައި، މިއާޔަތް ބާއްވައިލެއްވުނީ ޢަލީ ބުނު ޢަބީ ޠާލިބް އާއި މެދުގައެވެ. އެއީ ޔަހޫދީ (އަޅު) އަންހެނެއް އެކަލޭގެފާނަށް ގޮދަން ފުނޑުވައިދެއްވުމުން، ދެން އޭގެ ތެރެއިން ތިންބައިކުޅެ އެއްބައިން ރޮށި ފިހެ ކެއުން ބެއްލެވުމަށް އިށީންނެވިއެވެ. ދެން ފިހެވުނުތަނާ، މިސްކީނަކު އައިސް އެއްޗަކަށް އެދުނެވެ. އެހެންކަމުން އޭނާއަށް ކެއުންދެއްވިއެވެ. ދެން ދެވަމަޔަށް އޮތް ތިންބައިކުޅަ އެއްބައި ނެންގެވިއެވެ. އެފިހެ ނިމުނުތަނާ ޔަތީމެއް އައިސް އެއްޗަކަށް އެދުނެވެ. އެހެންކަމުން އެކުއްޖާއަށް ކާންދެއްވިއެވެ. ދެން ބާކީ އޮތް ތިންބައިކުޅަ އެއްބައި މިންވަރު ނެންގެވިއެވެ. އެފިހައި ނިމުނުތަނާ، މުޝްރިކުން ތެރެއިން އަސީރެއް އައެވެ. އަދި އެއްޗަކަށް އެދުމުން އޭނާ އަށް ކާންދެއްވިއެވެ. ދެން އެދުވަހު ބަނޑުހައިހޫނުކަމުގައި ހުންނަވައިފިއެވެ."

އަދި މިއީ އަލްޙަސަން އާއި ޤަތާދާގެ ބަހެވެ: އަސީރުން އަކީ ޝިރުކުގެ އަހުލުން ތެރެއިންކަމެވެ. އަދި މީގައި އަސީރުންނަށް ކާންދިނުމުގެ މައްޗަށް ދަލީލުވެއެވެ - އެއީ މުޝްރިކުން ކަމުގައި ވިޔަސް އެވެ. އަދި އެއީ ހެޔޮވެގެންވާ، އަދި އެކަމުގެ ސަބަބުން ޘަވާބު ލިއްބައިދޭ ކަމެއް ކަމެވެ." (1)

އަދި ޤަތާދާ، އަސީރުން މިތާ ނިޞްބަތްވަނީ މުޝްރިކު ހައްޔަރީންނަށް ކަމަށް ތަފްސީރު ކުރައްވައި ދެން އެއަށްފަހު ވިދާޅުވިއެވެ: "އަދި ތިބާގެ މުސްލިމު އަޚާއަށް ކާންދިނުން (މިކަމުގައި) މާ ޙައްޤުކަން ބޮޑުވެގެންވެއެވެ."(2)


އަހަރެން ބުނަމެވެ: މިޒަމާނުގައި އެތަނެއްގައި، ޔަތީމުންނާއި މިސްކީނުންނާއި އަދި ތަފްސީރުގައިވާ މިވާ އިޚްތިލާފުގެ މައްޗަށް، އަސީރުން އެއީ، އަންހެންނުން ކަމަށް ބެއްޔަސް އަދި މުސްލިމު އަސީރުން ކަމަށް ބެއްޔަސް، އެތަނެއްގައި ޖަމަޢުވެފައިވާ ތަނެއް އެބަވެއެވެ. އެހެންކަމުން އެވެރިންގެ މައްޗަށްވާ އަހަރެމެންގެ ޙައްޤު ފަހެ ކޮބައިހެއްޔެވެ؟

އަދި މިއިން މިފަދަ ބަޔަކަށް އެއްކުރެވޭ އެއްޗަކަށް ޚިޔާނާތްތެރިވުމުގެ ބޮޑުކަންވެސް ހާމަވެއެވެ.


1/2

Читать полностью…

Galandān ގަލަންދާނު

📌 ނޯޓް: ފިޠުރު ޢީދުގައި ވެސް ތަކްބީރު ކިޔުން ވެއެވެ. އެހެނަސް އެއީ ފިޠުރު ޢީދު ވިލޭރެއިން ފެށިގެން ޢީދު ޚުޠުބާގެ ނިޔަލަށެވެ.

Читать полностью…

Galandān ގަލަންދާނު

އަލްއިމާމް އިބްނު ރަޖަބުލް ޙަންބަލީ ވިދާޅުވިއެވެ:

❞ ليس العيد لمن لبس الجديد
ޢީދުވަނީ އައު ހެދުން ލާ މީހަކަށް ނޫނެވެ.
إنما العيد لمن طاعاته تزيد
ހަމަކަށަވަރުން ޢީދުވަނީ، އެމީހެއްގެ ކިޔަމަންގަތުންންތައް އިތުރުވާ މީހަކަށެވެ.

ليس العيد لمن تجمَّل باللباس والركوب
ޢީދުވަނީ އެމީހެއްގެ ހެދުމާއި ސަވާރީ ޒީނަތްތެރިކޮށްފި މީހަކަށް ނޫނެވެ.
إنمـا العـيد لمن غفرت له الذنوب
ހަމަކަށަވަރުން ޢީދުވަނީ، އެމީހަކަށް އެމީހެއްގެ ފާފަތައް ފުއްސެވިއްޖެ މީހަކަށެވެ.

ޢީދު ވިލޭރޭ، ޚަލްޤުތަކުން (ނަރަކައިން) މިންޖުކުރެވެއެވެ. އަދި އަޅުވެރިޔާއަށް ފާފަ ފުއްސެވެއެވެ. ފަހެ އެއިން މިންވަރެއް ނަސީބުވެއްޖެ މީހާ ދަންނައެ، ޢީދު އެވަނީ އެމީހަކަށެވެ. އެނޫންނަމަ އެއީ ދުރަށް އެއްލާލެވިފައިިވާ މީހެކެވެ.

— ލަޠާއިފުލް މަޢާރިފް (1/277)


~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު



އަލް-ޢުލްވާން ނަޤުދު ފައިސާއިން ޒަކާތް ދިނުން ހުއްދަކަމަށް ފަތުވާދެއްވައި، އޭގެ ޚުލާޞާގެ ތެރޭގައި ވިދާޅުވިއެވެ:

"ހ. ނަބިއްޔާ ﷺ އަރިހުން، އަދި އެއްވެސް ޞަޙާބީ އެއްގެ އަރިހުން، އެއަށްވާ އަގު ދެއްކުން ޙަރާމްކޮށް އެއްވެސް އެއްޗެއް ޘާބިތެއް ނޫނެވެ.
ށ. ވަކިވައްތަރެއްގެ ތަކެތި ނަންގަނެވިފައިވާ ޙަދީޘް ތައް، އެއާއި އެއްފަދަ ތަކެތި ޙަރާމް ވާނޭ ކަމަކަށް ދޭހަނުވެއެވެ. މިއަށް ދަލީލަކީ، ޞަޙާބީން _رضي الله عنهم_ ގޮދަން ނެރުން ހުއްދަ ކުރެއްވިއެވެ. އަދި މިއީ ނައްޞުން އައިސްފައި ނުވާ އެއްޗެކެވެ. އެއީ ހިމަ ގޮދަނާއި، ކަދުރާއި މިފަދަ ޞައްޙަ ޙަދީޘް އިން އައިސްފައިވާ ތަކެއްޗާއި ޚިލާފަށެވެ.
ނ. ޞަޙާބީން ގެ ތެރެއިން އެތައް ބޭކަލެއް، އަދި ކިޔެއް؟ މުޢާވިޔާގެ ދައުރުގެ ވީ އެބޭކަލުންގެ ގިނަ ބޭކަލުން، ކަދުރު ގެ ޞާޢު އެއްގެ ބަދަލުގައި ޝާމް ގެ ސުމްރާއު (ބުރައުން ގޮދަން) ގެ 1/2 ޞާޢު ނެރުން ހުއްދަކުރެއްވިއެވެ. އަދި މިއީ ކަދުރު ނޫނީ ހިމަ ގޮދަން އަދި މިފަދަ ތަކެތިއާއި (އަގުކުރުމުގައި) އޭގެ ބައި ޞާޢު އެއްހަމަ ކަމަށް އެބޭކަލުން ދެކިލެއްވިކަމަށް ދަލީލެކެވެ." (އެބަހީ، ކަދުރު ޞާޢު އެއް ނެރުމުގެ ބަދަލުގައި އެޔާއި އަގުގެ ގޮތުން އެއްހަމަ ވާނޭ އެހެން އެއްޗެއް ނެރުމެވެ. ނުވަތަ އޭގެ އަގަށް ބަލައިގެން ޒަކާތްނެރުމެވެ. އަދި ހަނަފީންގެ ރައުޔަކީ މިއީއެވެ. އެހެންކަމުން އެއަށް އެއްހަމަވާ ފައިސާ ނެރުން ހުއްދައެވެ.)

ޝެއިޚް އަބޫ ޢަލީ އަލް ޙަސަނީ ވިދާޅުވިއެވެ:

"ނަބިއްޔާ ﷺ އެ ނެރުއްވީ ކާތަކެތިންނެވެ. އަދި އަޞްލަކީ މިއީއެވެ. އަދި ބައެއް ޞަޙާބީން މާލުން (އެބަހީ ކާތަކެއްޗަށް އަގުކުރެވޭ އެއްޗެއް ނޫނީ ދިރުހަމުން) ނެރުއްވިއެވެ. އަދި ތާބިޢީން މާލުން ނެރުމުގެ ޖާއިޒުކަމަށް އިޖުމާޢުވެލެއްވިއެވެ. އަދި ޞަޙާބީންނާއި ތާބިޢީންގެ ފަހުމުގެ މަތީ ދަލީލުތައް ދެނެގަނެވި އޭގެ މައްޗަށް މީސްތަކުން ޢަމަލުކުރުން ވެއެވެ. އަދި މިމައްސަލައަކީ ލުއި މައްސަލައެކެވެ. އެހެންކަމުން ޚިލާފުވާ މީހާގެ މައްޗަށް ޢައިބު ކިޔުމެއް ނުވެއެވެ."

އަހަރެން ބުނަމެވެ: އެހެންކަމުން މިބަޔާން ވެވުނު ދަލީލުތަކުގެ މައްޗަށް މިކަމުގެ އަޞްލަކީ ހުއްދައެވެ. ވީމާ މިކަމުގައި ޙާއްޖަތެއް ނޫނީ މަޞްލަޙަތެއް އެކުލެވޭނަމަ އަދި ކޮބައިހެއްޔެވެ؟ އަދި މިއާއި އެކުވެސް ބުނަމެވެ: އައުލާކަން ބޮޑީ ކާތަކެތިން ނެރުމެވެ. މިކަމުގައި ޝައްކެތްނެތެވެ.


~ ގަލަންދާރު

Читать полностью…

Galandān ގަލަންދާނު

ޝެއިޚް ޢަބްދު الله އައްސަޢްދު ވިދާޅުވި އެވެ:

"ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔެވުމަށް ވާ ރިވާޔަތަކީ ހުޝައިމް ފަރާތުން އައިސްފައިވާ ރިވާޔަތެކެވެ.

އަދި ސުފްޔާން އާއި ޝުޢުބާ އަރިހުން "ހުކުރު ދުވަސް" ކަމަށް ނަން ނުގެނެވި އައިސްފައި ވެއެވެ. މި އިތުރުވެފައިވާ ތަން ކޮޅު (ހުކުރު ދުވަސް ކަމަށް ބުނެވުން) މީގައި (ރިވާޔަތުގައި) ބަލިކަށި ކަމެއް ވެއެވެ. އަދި ގިނަ ބައިގަނޑު ރިވާ ކުރި ގޮތް (ހުކުރު ދުވަހަށް ޚާއްސަ ނުކޮށް) މިއީ ބޮޑަށް ޞައްޙަ ގޮތެވެ.

އެހެނަސް ބަޔެއް މީހުންނަށް، މިކަން އެންގުމުން ކަހަފު ސޫރަތް ކިޔެވުން ދޫކޮއްލައި، ހުކުރު ދުވަހަކުވެސް ނޫނީ އެނޫން ދުވަހަކުވެސް އެކިޔެވުމަށް ނޫޅެ އެވެ. އަދި ފަހެ، ހުކުރު ދުވަހު އެ ކިޔެވުމުގައި މައްސަލަޔެއް ނެތެވެ. އެއީ ދެ ހެޔޮކަން އޭގައި އެއްކުރާ ގޮތުގަ އެވެ.

~ ގަލަންދާނު

ނޯޓް: ކަހަފު ސޫރަތާއި ބެހޭ ރިވާޔަތް ތަކާއި އޭގެ ތަފްޞީލް އަށް (މިޕޯސްޓް)

Читать полностью…

Galandān ގަލަންދާނު


📌 ދާރުލް ކުފުރުގައި ހުކުރު ފަރުޟު ނުވާ ކަމަށް ދެކެވޭ ބަޙުޘަށް ކުޑަ ނަޒަރެއް

❞ ސުވާލު: السلام عليكم. މުސްލިމުންނަށް އެއްވެސް ބާރެއް ނެތް ދާރުލް ކުފުރުގައި ހުކުރު ނަމާދު ޤާއިމުކުރުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟

ޖަވާބު: وعليكم السلام. ނަމާދު ފަރުޟުވެގެންވާ 2 މުސްލިމެއް ތިބެއްޖެ ނަމަ، ހުކުރު ނަމާދު ކުރުން އެބަޔަކަށް ވާޖިބުވެގެންވެއެވެ.

ސުވާލު: ޝައިޚްއަށް ހެކިތަކާއެކު ކުޑަކޮށް ބަޔާންކޮށްދެވިދާނެތޯ؟  މައްކާގައި ތިއްބެވިއިރު ނަބިއްޔާ صلي الله عليه وسلم ހުކުރުނަމާދު ނުކުރެއްވި ކަމަށާއި އޭރު މުޞްޢަބު ބިން ޢުމައިރު رضي الله عنه މަދީނާގައި އިމާމްވެ ހުކުރު ކުރެއްވިކަން އަޅުގަނޑުވަނީ ކިޔާފައި. جزاك الله خيرا

ޖަވާބު: ބިރުވެރިކަމެއް އޮތްނަމަ އެކަމުގެ ސަބަބުން ޙުކުމް ބަދަލުވެދާނެއެވެ. އެއީ ދާރުލްކުފްރު އާއި ދާރުލް އިސްލާމް އާއި އެއްވެސް ގުޅުމެއްނެތް ކަމެކެވެ.

މިޒަމާނުގައި މިބަހުޘް ގައި އުޅޭ ގިނަ މީހުންނަކީ އެމީހުން އެކަނި ތައުހީދުގައި ތިބި ކަމަށް ޤަބޫލު ކުރާ ހަރުކަށި ފިކުރުގެ މީހުންނެވެ.

ސުވާލު: މަދީނާގައި އިމާމްވެ ހުކުރު ކުރުމަށް މުޞްޢަބު ބިން ޢުމައިރު رضي الله عنه އަށް އަމުރު ކުރެއްވިއިރު ނަބިއްޔާ صلي الله عليه وسلم މައްކާގައި އެކަން ނުކުރެއްވި ކަމަށް ކުރެވޭ ބަޙުޘް އާއިމެދު ވިދާޅުވަނީ ކީކޭތޯ އެވެ؟  އަދި މައްކާގެ ދާރުލް އަރުޤަމްގައިވެސް އެކަން ނުކުރެއްވެވީ ކީއްވެގެންތޯއެވެ؟

ޝައިޚު: މުޞްޢަބަށް އެގޮތަށް އަމުރު ކުރެއްވި ކަމުގެ ދަލީލަކީ ކޮބައިތޯއެވެ؟

ސުވާލުކުރި ފަރާތް: އެއީ އަލްބައިހަޤީ (އަލްކުބްރާ 3/196) ގައި ޔޫނުސުގެ ރިވާޔަތްތަކުން ގެންނެވި ޒުހުރީގެ ރިވާޔަތާއި، ޢަބްދުއް ރައްޒާޤު (މުޞައްނަފް 3/160) މުޢައްމަރު އަރިހުން ގެންނެވި ޒުހުރީގެ ރިވާޔަތާއި، އިބްނު ޖުރައިޖު އަރިހުން ގެންނެވި ޢަޠާއު ގެ ރިވާޔަތާއި، އަލްއަޘްރަމް އިބްނު ޢުޔައިނާގެ ރިވާޔަތްތަކުން، އިބްނު ޖުރައިޖު އަރިހުން ގެންނެވި ރިވާޔަތްތަކާއި، އަޙްމަދު ގެންނެވި ރިވާޔަތް ތަކެކެވެ.⁽¹⁾

ޖަވާބު: މިއީ ބަލިކަށި ރިވާޔަތެކެވެ. މުޞްޢަބު ބިން ޢުމައިރު ހުކުރު ނަމާދު އިމާމްވެ ކުރެއްވިކަމަށް އައިސްފައިވަނީ ހަމައެކަނި ބަލާޣްގެ ސިފައިގައި އަޒްޒުޙްރީގެ ފަރާތުންނެވެ. އަބޫ މަސްޢޫދުލް އަންޞާރީއަށް މެދުނުކެނޑިވާ އިސްނާދަކާއި އެކު އެ ރިވާވެފައި ވެއެވެ. ނަމަވެސް އެ އައިސްފައިވާނީ އަޒްޒުޙުރީ ގެ މަގުން ބަލިކަށި ސަނަދަކުންނެވެ.

ދެވަނަ ކަމަކަށް: މިކަމުގައި ޘާބިތު ވެގެންވާ ވަނީ، ހިޖުރައިގެ ކުރިން މަދީނާގައި އެންމެ ފުރަތަމަ އިމާމުވެ ހުކުރު ކުރެއްވި ބޭފުޅަކީ އަސްޢަދު ބްނު ޒަރާރާ (އަބޫ އުމާމާ) ކަމެވެ.

ތިންވަނަ ކަމަކީ: ހަމައެފަދައިން، ހުކުރު ވާޖިބު ކުރެވުނު ވާހަކައެއް އޭގައި ނަންގަނެވިފައި ނުވެއެވެ. އެހެންކަމުން އަހަރެމެން ބުނަނީ އެއީ (އެވަގުތު) ޝަރުޢު ވެފައިވާ ކަމެކޭ އެހެނަސް ވާޖިބު ވެވިފައިވާ ކަމެއް ނޫނޭ އެވެ.

ހަތަރުވަނަ ކަމަކީ، ޝަރީޢަތުގެ އާޚިރު ނައްޞުތައް އައިސްފައިވަނީ ހުކުރާއި މެދު ޢާންމު އަމުރު ގައެވެ. ދާރުތަކަށް (އެބަހީ: އިސްލާމީ ނޫނީ ކުފުރުގެ ބިމަކަށް) ފަރަޤެއް ނެތިއެވެ.

ފަސްވަނަ ކަމަކީ: މައްކާގައި އެކަން ނުކުރެވުނު ސަބަބަކީ، އެއީ ކޮން ބާވަތެއްގެ ދާރެއް ކަމުގައި ވުމުގެ މައްޗަށް ކަމަށް އެއްވެސް ދަލީލެއް ނެތެވެ.
މި ބަޙުޘް އަކީ އިންތިހާއަށް ބަލިކަށި ބަޙުޘެކެވެ. އަދި އެންމެ މޮޅަށް ދެނެވޮޑިގެންވަނީ الله އެވެ.


-----------------------
[1] فتح الباري شرح صحيح البخاري لابن رجب - (8/66)

Читать полностью…

Galandān ގަލަންދާނު

ނިޔަތަކީ ދަންނައެ، ހިތުގެ ގަސްދެވެ. އަދި އަޅުކަމުގެ އެއްވެސް ކަމެއްގައި ހިތުތެރޭ ވާއެއްޗެއް ދުލުން ކިޔުމެއް ނުވެއެވެ. ޝާފިޢީންގެ ބައެއް ބޭކަލުން ނަމާދުގައި ނިޔަތް ދުލުން ކިޔުން ޝަރުތުކޮށް އެކަލޭގެފާނު ބަސްފުޅު ނަޤުދު ކޮށްފައިވެއެވެ. އެހެނަސް އެބޭކަލުންގެ ތެރެއިން މުޙައްޤިޤުން (ތަހުގީގުކޮށް ބަލާ ހޯދާ) އެއީ ކުށެއް ކަމަށް ކަނޑައެޅުއްވިއެވެ. ފަހުގެ ފިޤުހުވެރިން ނަމާދުގައި ނިޔަތް ކިޔުމުގައި ތަފާތުވިއެވެ.
ފަހުގެ ފިޤުހުވެރިން ނަމާދުގައި ނިޔަތް ކިޔުމުގައި ތަފާތުވެވަޑައިގެންނެވިއެވެ. ބައެއް ބޭކަލުންނަށް އެކަން ކަމުދިޔައިރު، އަނެއްބައި ބޭކަލުން އެކަމަށް ނަފްރަތު ކުރުއްވިއެވެ.

جامع الحكم ص. 92

Читать полностью…

Galandān ގަލަންދާނު

ރެފެރެންސް:
Islamqa fatwa no. 212323, 7989
http://library.islamweb.net/newlibrary/display_book.php?idfrom=9385&idto=9386&bk_no=52&ID=2849

Читать полностью…

Galandān ގަލަންދާނު

މިހެން ކަމުން، އިބްނު ތައިމިއްޔާ ވިދާޅުވި ފަދައިން "ސަލަފުންގެ އާދަކާދަޔަކީ، ދެ ހެކިވެރީންވެސް އަދި ތެދުވެރިކަމުގެ (ގެރެންޓީ) ލިޔުމެއްވެސް ގެނައުމުގެ ބުރަ ނު އުފުއްލެވުމެވެ." އަދިވެސް މަޖްމޫޢު އަލްފަތާވާ (33/130) ގައި ވިދާޅުވި އެވެ: އެއްވެސް ޝައްކެއް ނުވާގޮތުން، އިއުލާނާއި އެކު ކުރެވޭ ކައިވެނި އޭގައި ދެ ހެކިވެރިން ނެތަސް ސައްހަ ވެގެން ވެ އެވެ. =


= އެހެނަސް (ފާޅުނުކޮށް) ސިއްރުވެރިކޮށް އަދި ހެކިވެރިވުން، މިކަމުގެ މައްޗަށް ނަޒަރު ހިންގަން ޖެހެ އެވެ. އެޔާއި ޚިލާފަށް ހެކިވެރިންނާއި އިއުލާނާއި މިދެކަން އެކުލެވިއްޖެނަމަ، މިކަމުގެ ސައްހަ ކަމުގެ މައްޗަށް އެއްވެސް ދެބަސްވުމެއް ނުވެ އެވެ. އަދި ހެކިވެރިވުންވެސް އަދި އިއުލާނެއްވެސް ނެތް ނަމަ، ޖުމްލަގޮތެއްގައި އެ ބާތިލުވެގެން ވެ އެވެ. އަދި މީގައި ޚިލާފެއް ވާނަމަ އެކަން ވަރަށް މަދެވެ. (އަލްފަތާވާ އަލްކުބްރާ، 3/191) އަދިވެސް ވިދާޅުވި އެވެ: "އެކަނބުލޭގެ ކައިވެނި ކުރީ ވަލީ އާއިވެސް ނުލާ އަދި ހެއްކަކާއިވެސް ނުލައި އަދި ކައިވެނި ސިއްރުކޮއްގެން ނަމަ، މި ކައިވެނި ވަނީ އެންމެހާ އިމާމުންގެ އިއްތިފާގުން ބާތިލުވެގެންނެވެ.

އަދި ކިޔެއް ހެއްޔެވެ. ޢިލްމުވެރިން ދެކިލައްވަނީ "ވަލީ އާއި ނުލައި ކައިވެންޏެއް ނުވާނޭ" ކަމުގަ އެވެ. (ޙަދީޘް އަށް ނިސްބަތް ކުރައްވައި). އަދި "ވަލީވެރިޔާގެ އިޒުނަ އާއި ނުލައި ކައިވެނި ކުރާ ކޮންމެ އަންހެނެއް ފަހެ، އެކަނބުލޭގެ ކައިވެނި ބާތިލެވެ. އެކަނބުލޭގެ ކައިވެނި ބާތިލެވެ. އެކަނބުލޭގެ ކައިވެނި ބާތިލެވެ." އަދި މި ދެ ޖުމްލަޔަކީވެސް ނަބިއްޔާ صلى الله عليه وسلم އަރިހުން ސުނަން ގައި ވާރިދުވެފައިވާ ރިވާޔަތްތަކެކެވެ.

އަދި ސަލަފުންގެ ތެރެއިން އެއް ބޭފުޅަކަށްވުރެ ގިނަ ބޭފުޅުން ވިދާޅުވެފައި ވެ އެވެ: ދެ ހެކިވެރިންނާއި ނުލައި ކައިވެންޏެއް ނުވެ އެވެ. މިއީ އަބޫ ޙަނިފާ އާއި އައްޝާފިޢީ އާއި އަޙްމަދު ގެ މަޒުހަބެވެ. އަދި މާލިކް ވާޖިބުކުރައްވަނީ ކައިވެނި އިއުލާނު ކުރުމެވެ. އަދި "ސިއްރު ކައިވެނި" އަކީ ހަށިވިއްކުމުގެ ކައިވެނީގެ ވައްތަރެކެވެ. (މަޖްމޫޢު އަލްފަތާވާ 32/102103)

އަދިވެސް ވިދާޅުވި އެވެ: ދެންފަހެ އެޔެއްގައި އެކަން ފޮރުވުމަށް އޭގެ ބައިވެރިން އެއްބަސްވާ "ސިއްރު ކައިވެނި" އަދި އެޔަށް އެކެއް ވެސް ހެކިނުވާ: ޢިލްމުވެރިންގެ އާންމު ރައުޔަކީ މި ބާތިލުވެގެން ވާ ކަމެވެ. އަދި މިކަން އަންނަނީ ފާހިޝް ޒިނޭގެ ވައްތަރެއްގެ ގޮތުގަ އެވެ.

ﷲ تعالى ވަޙީ ކުރެއްވި އެވެ:
(وَأُحِلَّ لَكُمْ مَا وَرَاءَ ذَلِكُمْ أَنْ تَبْتَغُوا بِأَمْوَالِكُمْ مُحْصِنِينَ غَيْرَ مُسَافِحِينَ)
އަދި އެމީހުން ފިޔަވައި (އެބަހީ މިބަޔާންވެދިޔަ މީހުން ފިޔަވައި) ދެންތިބި މީސްމީހުން އެމީހުންނަށް ކާވެނި ރަން އަދާކޮށް އެމީހުންނަށް އެދިގަތުން ކަލޭމެން ފިރިހެނުންނަށް حلال ވެގެންވެއެވެ. އެއީ އެކަނބަލުން عِفّة ތެރިވެ ޒިނޭ ނުކުރާމީހުންކަމުގައިވާ حال ގައެވެ. النساء/24 )

(މަޖްމޫޢު އަލްފަތާވާ 33/158)

އިބްނުލް ޤައްޔިމް ވިދާޅުވި އެވެ: "ޝަރުޢު ކުރައްވާ ފަރާތުން ވަނީ ކައިވެނީގެ އަޤުދުގެ އިތުރުން ހަތަރު ޝަރުތެއް ކަނޑަ އަޅުއްވާފަ އެވެ. އެއީ ފާހިޝް ޒިނޭ އެޔާއި ވައްތަރުކަން ނައްތާލެއްވުމަށް ޓަކައެވެ: އެއީ މިސާލަކަށް، އިއުލާން ކުރުމާއި، ވަލީ އާއި، އަންހެނާ އަމިއްލަޔަށް ކައިވެނި ވުން މަނާ ކުރެއްވުމާއި، އަދިވެސް، އެކަން ހަރުއަޑުން ފާޅުކުރުމެވެ. އެހެންކަމުން އެދެވިގެންވަނީ ދަފް ޖެހުމާއި (ކައިވެނީގެ މަދަހަތަކާއި އަޑުތަކުގެ) އަޑު އުފުލުމާއި، ވަލީމާ ބޭއްވުމެވެ. އެހެނީ މިކަމުން ފާހިޝް (ކައިވެނިން ބޭރުގެ) ގުޅުން ތަކަށް ވާ ޒަރިއްޔާތައް ކައިވެނީގެ ސިފާގައި ނައްތާލަ އެވެ. (އިޢުލާމް އަލްމުޥައްޤިޢީން 3/113)

ރެފެރެންސް: https://www.ahlalhdeeth.com/vb/showthread.php?t=181684
އިސްލާމް ކިއުއޭ (islamqa) ފަތުވާ ނަމްބަރުތައް 254835، 45663، 7989، 45513، 111797، 222086

Читать полностью…

Galandān ގަލަންދާނު

#ކައިވެނީގެފިގުހު 1

އިބްނު ޤުދާމާ ވިދާޅުވިއެވެ: "(އާއިލީގޮތުން) ގަާތް ވަލީވެރިޔެއް ވަނިކޮށް، ދުރު ވަލީވެރިޔެއް އަންހެންމީހާގެ ކައިވެނި ކޮށް ދީފިނަމަ: ފަހެ މިކަމަށް އޭނާ އިޖާބަދިނީ (ގަާތް ވަލީވެރިޔާގެ) އިޒުނަޔާ ނުލައި ނަމަ ކައިވެނި ސައްހަ އެއް ނޫނެވެ. މިފަދައިން އައްޝާފިޢީ ވިދާޅުވިއެވެ.

އަދި މާލިކު ވިދާޅުވައެވެ: އެކަން ސައްހަ ވާނޭ ކަމަށެވެ. އެހެނީ މި (ދުރު) ވަލީވެރިޔާ އެކަނބުލޭގެ އިޒުނަޔާއި އެކު، ގައި ވަލީވެރިޔާ ފަދައިން ކުރެވިދާނެ ކަމަށެވެ.

އަހަރެމެން ދެކެނީ: ހައްޤުވެގެންވަނީ މެ (ވަލީވެރިންގެ ސިލްސިލާގައި) އިސްފަސް ނުކޮށް ހިފެހެއްޓުން ކަމުގަ އެވެ. އެހެން ކަމުން ގާތް މީހާ ހުރެފަ ދުރުމީހެއް ސާބިތެއް ނުވާނެ އެވެ. އެ އީ ވާރުތަ މުފްހަލުގައިވެސް ވާފަދައިންނެވެ.

ހަމަ މިފަދައިން ގާތް މީހާ އާއި ދުރުމީހާ ފަރަޤުވެގެން ވެ އެވެ."

" المغني " (7/364) ، وينظر: "الموسوعة الفقهية" (33/90).

އަލްބުހޫތީ ވިދާޅުވި އެވެ: އަދި ގާތް (ވަލީވެރިޔާގެ) އިޒުނަޔާއި ނުލައި، "ދުރު މީހެއް" ނޫނީ "ހިލޭ މީހެއް" އެ އީ (މުސްލިމުންގެ) ހާކިމެއް ކަމުގައިވިޔަސް ކައިވެނި ކޮށް ދީފިތަ، އެ ސައްހަ އެއް ވެގެންނެއް ނުވެ އެވެ. އެހެނީ އެ އަޤުދު ކޮށް ދޭ މީހާ ފުށުގައި (އެ ހާލު) އެ ކަނބުލޭގެ މައްޗަށް ވަލީވެރިކަން ނެތުމުން ނެވެ. އެއަށް ހައްޤުކަން ބޮޑު އެހެން ފަރާތެއް ވީތީ އެވެ. "الروض المربع" (336)

މިތާގައި ޝަރުޢީ އުޒުރަކީ، އޭނާ އަކީ ބޯ ހަމަނުޖެހޭ މީހެއް ކަމަށް ވުން، ނޫނީ ތަސައްރަފު ނުފުދުން، ނޫނީ (ބޮޑެތި ފާފައިގައި ދެމިހުންނަ) ފާސިޤަކަށް ވުން، ނޫނީ ދީނާ ދެކޮޅު މީހަކަށް ވުން، އަދި މިފަދަ ޝަރުޢީ ގޮތުން ސާބިތުވެވޭ ފަދަ އުޒުރެވެ. މި ފަދަ ހާލަތެއްގައި ޥަލީވެރިންގެ ތަރުތީބުގެ މަތިން ދުރު ވަލީވެރިޔަކަށް ކައިވެނީގެ ވަލީ އުފުލޭނެ އެވެ.

މި ނޫން ގޮތަކަށް ކުރެވޭ ކައިވެނި ސައްހަ އެއް ނުވާނެ އެވެ. އެހެން ކަމުން ﷲ އަށް މިކަން ކަމުގައި ބިރުވެތި ވުން ހުއްޓެވެ.

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

🔻
”އަދި ޙައްޤު (ކަށަވަރީ) ޢިޖާބަ ވުމުގެ ވަޤުތަކީ ހުކުރު ދުވަހުގެ ޢަޞުރު ފަހުންވާ އެންމެ ފަހު ވަޤުތު ކަމެވެ. އެހެނީ، ޢަބްދު اللّٰه ބުނު ސަލާމް އަރިހުން ރިވާވެގެން ވެއެވެ: ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި އެވެ: (هي آخر ساعات النهار) ”އެއީ ދުވާލުގެ އެންމެ ފަހު ވަޤުތެވެ.“ އަދި މި ރިވާކުރެއްވީ އިބްނު މާޖާ، އަބުއް ނަޡްރު މެދުވެރިކޮށް، އަބޫ ސަލަމާ ފުށުން، ޢަބްދު اللّٰه ފުށުން، ނަބިއްޔާ ﷺ އަރިހުންނެވެ. އަދި އޭގެ އެންމެހާ ރާވީންނަކީ އިތުބާރުވެވިގެންވާ ބޭފުޅުން ތެރެއިން ބޭކަލުންނެވެ.“

~ އަލްޢުލްވާން

______________

މި މައުޟޫއުގެ ތަފްޞީލަށް (މިޕޯސްޓް) — ގަލަންދާާނު

Читать полностью…

Galandān ގަލަންދާނު


މިސަބަބަށްޓަކައި ނަބިއްޔު ﷺ ޙަރާމާއި ޙަލާލާއި ދެމެދު އިންފާރެއް ލެއްވެވިއެވެ. އެއީ މަކުރޫހަ ތަކުގެ އިންފާރެވެ. އަދި ޝުބުހު ތަކުގެ (އެބަހީ: ސީދާ ޙުކުމް ހާމަނުވާ ތަކެތީގެ) އިންފާރެވެ. އެއީ އިތުރުއެކަލޭގެފާނުން ﷺ ޙަދީޘް ކުރެއްވި ފަދައިންނެވެ: (( دع ما يريبك إلى ما لا يريبك )) .(ތިބާއަށް ޝައްކުވާކަންތައް ތިބާއަށް ޝައްކުނުވާ ކަންތަކަށް ދޫކޮށްލާށެވެ.) އަދި އެކަލޭގެފާނު ﷺ ޙަދީޘް ކުރެއްވި ފަދައިންނެވެ: (( وبينهما أمور مُشتبهات لا يعلمها كثيرٌ من الناس فمن اتقى الشبهات فهذا جعله بينه وبين الحرام وقاية )) (އެދޭތެރޭގައިވަނީ ގިނަމީހުންނަށް ނޭނގޭކަންތައްތަކެކެވެ. ޝުބުހަތަކަށް ރައްކާތެރިވެއްޖެމީހާ އޭނަގެ ދީނަށާއި އަބުރަށް ރައްކާތެރިވެއްޖެއެވެ. ޝުބުހަކަމެއްގައި ޖެހިއްޖެމީހާ، ޙަރާމްކަމުގެ ތެރެއަށް ވެއްޓިއްޖެއެވެ.) ދެންފަހެ އަނެއް ފަރާތް، އެފަރާތެއްގައި ޝުބުހުތައް ވާ، އެއީ ދުވަހަކުން ކުރެ ދުވަހެއްގައި ކޮންމެގޮތެއްވިޔަސް ޙަރާމުގެ ތެރެއަށް ވައްޓާލާނޭ ތަނެކެވެ. އެއީ އެކަލޭގެފާނު ﷺ ޙަދީޘް ކުރެއްވި ފަދައިންނެވެ: (( كالراعي يرعى حول الحمى يوشك أن يقع فيه ألا وإن لكل ملك حمى ألا وإن حمى الله محارمه )) .(އޭގެ މިސާލަކީ) ހިމާޔަތް ކުރެވިފައިވާ އިމެއްގެ ވަށައިގެން ބަކަރި ހުއިހައްޕާ މީހެއްގެ މިސާލެވެ. ފަހެ، އެ ބަކަރިތައް އެ އިމަށް ވަދެ ހުއިކެއުމަކީ ގާތުގައިވާ ކަމެކެވެ. ދަންނާށެވެ! ހަމަކަށަވަރުން ކޮންމެ ރަސްކަލަކަށް ވެސް ހިމާޔަތް ކުރެވިފައިވާ އިމެއް ވެއެވެ. އަދި ދަންނާށެވެ! ހަމަކަށަވަރުން ﷲގެ އިމަކީ، އެ އިލާހު ހަރާމް ކުރެއްވި ކަންތައްތަކެވެ.“

މިފަދަ ކަމަކުން ލާޒިމުވަނީ ކޮންމެވެސް ދުވަހަކުން ދުވަހެއްގައި ޙަރާމްގައި ޖެހުމެވެ. އެހެނަސް ދުވަހުން ކުރެ ދުވަހެއްގައިވިޔަސް މިޙަރާމް ގައި ޖެހުން އެއީ އޭނާގެ ޙަލާކުގެ ސަބަބު ކަމުގައި ވެއެވެ. އެބަހީ އޭގެ ފަހުން އޭނާއަށް ފައިތިލަ ސާބިތުނުވެވެއެވެ. އަދި ބައެއްފަހަރު، އާއެކެވެ. ﷲ عز وجل އެދިވޮޑިގެންވަނީ އެއިން ހެވެކެވެ. އެއީ އޭނާއަށް ވަޢުޟެއް ކަމުގައެވެ. އަދި ހަނދުމައެއް ކަމުގައެވެ. އަދި ތައުބާގައި ރުޖޫޢަވުމެއް ކަމުގައެވެ. އަދި އޭނާއަށްވާ އިބުރަތްތެރި ފިލާވަޅެއް ގޮތުގައެވެ. ދެން އޭނާ އޭނާގެ ޣާފިލުކަމުން ހޭޖެހެއެވެ. އަދި އޭނާ ކުރިން ހުރި ޙާލަތަށްވުރެ ހެޔޮވެސް ވެދެއެވެ. އަދި އެއަށްވުރެ އައުލާކަން ބޮޑު ޙާލަތަކަށް އެނބުރި އާދެއެވެ. އަދި މިނޫންވެސް މެއެވެ. އެއީ ފިލާވަޅަކަށް ނުވެއްޖެނަމަ އެއީ ހަލާކެއްކަމުގައެވެ. މިސަބަބަށްޓަކައި ޢިލްމުވެރިން އަބަދުވެސް ތަކުރާރުކޮށް ވިދާޅުވެއެވެ... އެބޭކަލުންގެ ޢަޤީދާގައި: ހަމަކަށަވަރުން ފާފައަށް ވުރެ ބިދުޢަ (ނުބައިކަން) ބޮޑުވެގެން ވެއެވެ. އެހެނީ މި، ބިދުޢައިގެ މީހާ، ....ބިދުޢައިން ތައުބާވުމަށް ހަނދުމަކުރެވޭހިނދު، ފަހެ އޭނާއަށް ފެންނަނީ އޭނާ ޙައްޤުގެ މަތީ ވާ ތަނެވެ. މިއީ އުރެދުން ތަކާއި ޚިލާފަށެވެ. ޒިނޭ ކުރާ އެއްވެސް މީހެއް މިހެން ބުނާ ކަމެއް އަހަރެމެންނަށް އެނގިފައިނުވެއެވެ: އަހަރެން މިހިރީ ޙައްޤުގައެވެ. ނޫނީ މީހަކު ޙަރާމެއް ކޮށް "އަހަރެން މިހިރީ ޙައްޤުގައޭ" ބުނާ ކަމެއްވެސް މެއެވެ. މިއީ ވުން ނާދިރު ކަމެކެވެ. އެހެނަސް އަހަރެމެންނަށް އެނގޭން އޮތް ގޮތުން... މީސްތަކުން ތެރޭ ބިދުޢަތާއި މަގުފުރެދުމުގެ އަހުލުން، އެއުރެން އެތިބީ ޙައްޤުގައި ކަމަށް ހީކުރެތެވެ. އެއީ ﷲ عز وجل - މިވެރިންނާއި މެދު ވަޙީ ކުރެއްވި ފަދައިންނެވެ: { زُيِّنَ لَهُمْ سُوءُ أَعْمَالِهِمْ } [التوبة:37] (އެއުރެންގެ ނުބައި عمل ތައް، އެއުރެންނަށް ޒީނަތްތެރި ކުރެއްވިއެވެ.)... އެހެންކަމުން މިބައިމީހުން ހީކުރަނީ މިބައިމީހުންނީ ޙައްޤުގެ މަތީ ތިބި ބައެއް ގޮތުގައެވެ. އެއީ އެވެރިންނީ ބިދުޢަވެރިން ކަމުގައި ވުމުންނެވެ. ... ވާރިދުވެފައިވާ މި ބަސްފުޅު، ޟަޢީފު ކަމުގައި ވިޔަސް، ... ބައެއްފަހަރު ނަބިއްޔު ﷺ އަށް ނިޞްބަތްކޮށްވެސް ބުނެވޭ މިބަސް ފުޅު: ”ހަމަކަށަވަރުން ﷲ ބިދުޢައިގެ އަހުލުވެރިޔާ ތައުބާވުމުން ފަރުދާ ކުރައްވައެވެ.“ މި އަޘަރު، އޭގެ ޟަޢީފު ކަމާއި އެކުވެސް، އޭގެ މުރާދަކީ: އެއުރެންނަށް ތަޥްބާ ވުމަށް ތަޥްފީޤު ނުދެއްވާ ކަމެވެ...❝

— އައްޝައިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން (މަޞްދަރު)


~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު


އެއުރެންނާއި މެދު ﷲ ދެން ޤުރުއާން ބާއްވައިލެއްވިއެވެ: { قُلْ أَبِاللَّهِ وَآيَاتِهِ وَرَسُولِهِ كُنتُمْ تَسْتَهْزِئُونَ * لا تَعْتَذِرُوا قَدْ كَفَرْتُمْ بَعْدَ إِيمَانِكُمْ } [التوبة:65 - 66] ”ވިދާޅުވާށެވެ: ތިޔަބައިމީހުން މަލާމާތްކޮށްއުޅުނީ ﷲއާއި އެއިލާހުގެ އާޔަތްތަކާއި އަދި ރަސޫލާއަށް ހެއްޔެވެ؟ އުޒުރުނުދައްކާށެވެ. އީމާންވުމަށްފަހުގައި ތިޔަބައިމީހުން ކާފަރުވެއްޖެއެވެ.” ބަރީޢަ ވުމުގެ ސޫރަތުގައި ﷲ އިތުރަށް ވަޙީ ކުރެއްވި ފަދައިންނެވެ: { وَلَقَدْ قَالُوا كَلِمَةَ الْكُفْرِ وَكَفَرُوا بَعْدَ إِسْلامِهِمْ } [التوبة:74] ”އަދި ހަމަކަށަވަރުން، ކުފުރުގެ ބަސް އެބައިމީހުން ބުންޏެވެ. އަދި އިސްލާމްވުމަށްފަހު، އެބައިމީހުން ކާފަރުވިއެވެ.“ ފުރަތަމަ ދަނޑިވަޅުގައި އެއުރެންނަށް އީމާން ކަން ﷲ ޘާބިތު ކުރެއްވިއެވެ. އަދި ދެވަނަ ދަނޑިވަޅުގައި އެވެރިންނަށް އިސްލާމްކަން ﷲ ޘާބިތުކުރެއްވިއެވެ.

މިހެންކަމުން މީގެން ދަލީލު ކުރަނީ އެވެރިންގެ ކުފުރުގެ ސަބަބަކީ އަދި ދަނޑިވަޅަކީ ބުނި ބަސްކަމެވެ. އެއީ އެއުރެންނަށް ފައިދާއެއް އޮތުމުންނެވެ. ނުވަތަ ދުނިޔެވީ މަންފާއަކުން މަންފާއެއް އޮތުމުންނެވެ. ﷲ عز وجل ވަޙީ ކުރެއްވި ފަދައިންނެވެ: { ذَلِكَ بِأَنَّهُمْ اسْتَحَبُّوا الْحَيَاةَ الدُّنْيَا عَلَى الآخِرَةِ } [النحل:107] (އެއީ ހަމަކަށަވަރުން، އެއުރެން، އާޚިރަތު ގެ މައްޗަށް، ދުނިޔެވީ ޙަޔާތް އިސްކުޅައުމުގެ ސަބަބުންނެވެ.)

އަދި ސޫރަތުލް އަޢުރާފު ގައި ﷲ عز وجل ވަޙީ ކުރެއްވި ފަދައިންނެވެ: { وَاتْلُ عَلَيْهِمْ نَبَأَ الَّذِي آتَيْنَاهُ آيَاتِنَا فَانسَلَخَ مِنْهَا فَأَتْبَعَهُ الشَّيْطَانُ فَكَانَ مِنَ الْغَاوِينَ * وَلَوْ شِئْنَا لَرَفَعْنَاهُ بِهَا وَلَكِنَّهُ أَخْلَدَ إِلَى الأَرْضِ وَاتَّبَعَ هَوَاهُ فَمَثَلُهُ كَمَثَلِ الْكَلْبِ إِنْ تَحْمِلْ عَلَيْهِ يَلْهَثْ أَوْ تَتْرُكْهُ يَلْهَثْ } [الأعراف:174 - 175] ”ތިމަންރަސްކަލާނގެ آية ތައް އެމީހާއަށް ލިބިދެއްވުމުން، އެއިން ވަކިވެގަތް މީހާގެ خبر ކަލޭގެފާނު އެއުރެންނަށް ކިޔައިދެއްވާށެވެ! ދެން شيطان އާ އޭނާގެ ފަހަތުން ދިޔައެވެ. ފަހެ، މަގުފުރެދިގެންވާ މީހުންގެ ތެރެއިން އޭނާ ވިއެވެ. ތިމަންރަސްކަލާނގެ އިރާދަކުރެއްވިނަމަ، އެ آية ތަކުގެ ސަބަބުން އޭނާ މަތިވެރި ކުރެއްވީމުހެވެ. އެހެނެއްކަމަކު، އޭނާ ބިމަށް ލެނބިގަތެވެ. އަދި އޭނާގެ އަމިއްލަ އެދުމަށް تبع ވިއެވެ. ފަހެ، އޭނާގެ މިސާލު، ކުއްތާގެ މިސާލު ފަދައެވެ. އެއަށް حملة ދިނަސް، ދޫނެރެގެން އޮވެ މާނޭވާލައެވެ. ނުވަތަ އޭތިދޫކޮށްލިޔަސް، ދޫނެރެގެން އޮވެ މާނޭވާލައެވެ.“

އެހެންކަމުން ބައެއްފަހަރު ނަޞަބާއި ރިޔާސަތު އަޅާގެ މައްޗަށް ވެރިވެއެވެ. ނޫނީ އޭނާ އާއި ޙައްޤު ދަނެގަނެވުމާއި ދެމެދަށް ހުރަސް އަޅައެވެ. އެއީ އިބްނުލް ޤައްޔިމް رحمه الله تعالى ، "އައްޞަވާއިޤު" ގައި، އޭގެ އަޞްލު އޮތް (ބަސްކޮޅުގައި) ވިދާޅުވި ފަދައިންނެވެ؛ މީސްތަކުންނާއި ޙައްޤު ދެނެގަނެވުމާއި ދެމެދު ގިނަފަހަރަށް ހުރަސްއަޅާ އެއްޗަކީ، ފާސިދު ތައުވީލެވެ. (ދަލީލުތައް ނުބައިކޮށް ފަހުމްވެ މާނަކުރެވުމެވެ.) އަދި މިއީ ޙައްޤު މަޢުރިފާކުރެވުމާއި ޙައްޤަށް މަގުފެނުމުން އޭނާއަށް އެޅިފައިވާ ފަރުދާއެކެވެ. ބައެއްފަހަރު އިންސާނާ އުޅެބޮޑުވަނީ މަގުފުރެދިފައިވާ މުޖުތަމަޢު އެއްގައެވެ. ނޫނީ ބިދުޢަވެރި މުޖުތަމަޢު އެއްގައެވެ. މުރުޖިޢާއިންގެ ނޫނީ މަގުގެއްލި މަގުފުރެދިފައިވާ އަހުލުންގެ ރާސްތާއެއްގައެވެ. ދެން މުޖުތަމަޢު ތެރޭގައި އެ އޮވެ ބޮޑުވެއެވެ. އެހެންކަމުން މީގެ މަތިން އޭނާ އަނެކުންނަށް، އެ ބިދުއައިގެ މަތިން ޙުކުމް ކުރެއެވެ. އެއީ ﷲ ގެ ޝަރީޢަތުމަތިންނެއް ނޫނެވެ. އެހެންކަމުން މިމުޖުތަމަޢު އާއި ޚިލާފުވާ ކޮންމެ ކަމަކީ ހަރުކައްޓެވެ. ނޫނީ މަގުފުރެދުމެވެ. ނޫނީ މަގުއޮޅުމެވެ. އެހެންކަމުން އޭނާ ﷲ ގެ ފޮތާއި ﷲ ގެ ރަސޫލު ﷺ ގެ ސުންނަތަކުން މީސްތަކުންނަށް ގޮތް ނުނިންމައެވެ. އަދި މިއިން މަޝްހޫރު އިމާމް، އިބްނު ޢުޤައިލުލް ޙަންބަލީ رحمه الله تعالى ބަސްފުޅު މާނަ ކޮށް ދެއެވެ. މިހެން ވިދާޅުވި ހިނދެވެ: އާދަތަކާއި ޠަބީޢަތްތައް ޝަރުޢުތަކުގެ މައްޗަށް ގަދަވެފައިވެއެވެ. އަދި ޙަޤީޤަތުގައި މީސްތަކުންގެ ތެރެއިން އެތައް ބައެއްގެ ތެރޭގައި.... އާދަކާދަ ތަކާއި ޠަބީޢަތް ތައް ޝަރުޢު ތަކުގެ މައްޗަށް ވަނީ ގަދަވެފައެވެ... އެހެނަސް މީސްތަކުން ތެރޭ މިއަށް ރައްކާތެރިވެ ބަލަހައްޓާ މީހުން ވެއެވެ. އަދި މީސްތަކުންގެ ތެރޭ އެބައެއްގެ ހިތްތައް ﷲ ކަނުކުރައްވާފައިވާ މީހުންވެއެވެ. އެހެންކަމުން އޭނާއަށް އެއްވެސް އެއްޗެއް ނުދަނެވެއެވެ. ﷲ عز وجل އެމީހާ އަދި އެފަދަ މީހާ އާއި ބެހޭ ގޮތުން ވަޙީ ކުރެއްވި ފަދައިންނެވެ:

=

Читать полностью…

Galandān ގަލަންދާނު

ކާފަރު ގައުމަކުން އެތެރެކުރެވޭ އެއްގަމު މަހުގެ ޙުކުމްތައް [HD]

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު



ވިދިގެން އަންނަ އާޔަތުގައި، اللَّه تعالى މިހޭދަކުރުން ހޭދަކުރާ މީހުންނާއި މެދު، އެވެރިންގެ ބުނުމެއް ގޮތުގައި، ހާމަކުރެއްވިއެވެވެ:

إِنَّمَا نُطْعِمُكُمْ لِوَجْهِ ٱللَّهِ لَا نُرِيدُ مِنكُمْ جَزَآءً وَلَا شُكُورًا
"ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ، اللَّه ގެ ވަޖުހު ފުޅަށްޓަކައެވެ. ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް (އެބަހީ: ބަދަލެއް) ، އަދި ޝުކުރެއްވެސް ތިމަންމެން ނޭދެމުއެވެ."

އައްޠަބަރީ އެކަލޭގެފާނުގެ ތަފްސީރުގައި ވިދާޅުވިއެވެ:

މުޖާހިދު ވިދާޅުވިއެވެ: "އެވެރިން އެކަމުގެ ވާހަކަ ނުދައްކަތެވެ. އެހެނަސް اللَّه އެއުރެންގެ ހިތްތަކުގެ ތެރެ ދެނެވޮޑިގެންވިއެވެ. އެހެންކަމުން މިކަމަށް ހިތްޖެހޭނެ ބަޔެއް ހިތްޖެއްސެވުމަށްޓަކައި އެއިލާހު އެކަން ހާމަކުރެއްވިއެވެ."

އަދި ސަޢީދު ބުނު ޖުބައިރު ވިދާޅުވިއެވެ: "އެހެނީ اللَّه ގަންދީ ބުނަމެވެ. ހަމަކަށަވަރުން އެވެރިންގެ ދޫތަކަކުން އެވެރިންނެއް އެބަސްތަކެއް ހާމައެއް ނުކުރެއެވެ. އެހެނަސް އެވެރިންގެ ހިތްތަކުން اللَّه އެކަން (އެބަސްތައް) ދެނެވޮޑިގެންވިއެވެ. އެހެންކަމުން އެއިން އެވެރިންނަށް ޘަނާ ކިއުއްވިއެވެ. އެއީ މިކަމުގައި ހިތްޖެހޭނެ ބަޔެއް ހިތްޖެއްސެވުމަށްޓަކައިއެވެ."(3)


________
(1) އަލްބަޣަވީގެ ބަސްކޮޅު މިހިސާބަށް. 8 / 294
(2) ތަފްސީރު އައްޠަބަރީ 24/96
(3) ތަފްސީރު އައްޠަބަރީ 24/96

2/2

Читать полностью…

Galandān ގަލަންދާނު

`
ޝައްވާލު މަހުގެ ހަރޯދައިގެ މައްޗަށްވާ ޚުލާސާ

~ ގަލަންދާނު ~

Читать полностью…

Galandān ގަލަންދާނު

🔻

{...وَلِتُكَبِّرُوا۟ ٱللَّهَ عَلَىٰ مَا هَدَىٰكُمْ وَلَعَلَّكُمْ تَشْكُرُونَ}
[...އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް اللَّه އަށް ތަކްބީރު ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) ޝުކުރު ވެރި ވުމަށްޓަކައެވެ.]

الله أكبر.. الله أكبر.. الله أكبر

އިސްލާމް ކަމަށް އަހަރެމެންނަށް ހިދާޔަތް ދެއްވި اللّٰه އަށް ޙަމްދު ކުރަމެވެ. އަދި އެއިލާހަށް ކިޔަމަންގަތުމުގެ ނިޢުމަތް އަހަރެމެންނަށް ދެއްވީތީވެސް އެވެ. އެއިލާހުގެ ފަޟުލުވަންތަ ކަމާއި ދީލަތިވަންތަކަމަށް ޝުކުރުހުއްޓެވެ. އެއިލާހު ހަޒުރަތުން ރަޙްމަތާއި މަޣްފިރަތާއި ޤަބޫލަށް އެދި ދަންނަވަމެވެ.

تَقَبَّلَ اللَّهُ مِنَّا وَمِنْكُم صالح الأعمال. (އަހަރެމެންނާއި ތިބާ ފުށުން (އަދައުކުރި) ޞާލިޙު ޢަމަލުތައް، اللّٰه ޤަބޫލުކުރައްވާށިއެވެ.

ޙަދީޘް ޢިލްމުގެ އަމީރުލް މުއުމިނީން، ޝުޢުބަތު ބުނުލް ޙައްޖާޖު ވިދާޅުވި އެވެ: ޢީދު ދުވަހު ޔޫނުސް ބިން ޢުބައިދު އާއި ބައްދަލުވުމުން ވިދާޅުވިއެވެ: «تَقَبَّلَ اللَّهُ مِنَّا وَمِنْكَ» (އަހަރެމެންނާއި ތިބާގެ ފުށުން اللّٰه ޤަބޫލު ކުރައްވާ ށިއެވެ.) ❝

— އަލްމުޙައްދިޘް، އަބޫ ޞުޙައިބް، ޚާލިދުލް ޙާއިކު

~ ގަލަންދާނު

--------------------------
ނޯޓް: އައްޝެއިޚް، އަލްޙާފިޠު ޢަބްދު اللّٰه އައްސަޢްދު ވިދާޅުވިއެވެ: ”އަޞްޙާބު ބޭކަލުން އަރިހުން، ޢީދުގައި އެބޭކަލުން " تقبل الله منا ومنكم" މިހެން ވިދާޅުވާކަމަށް ވާރިދުވެފައިވެއެވެ.“

Читать полностью…

Galandān ގަލަންދާނު

🔻
ދުނިޔޭގެ އެކިކަންކޮޅުތަކުގައި ޝަރުޢީ ހަމަތަކުން، ހަނދު ފެނިފައިވާތީ، މިއަހަރުގެ ޝައްވާލު މަހުގެ 1 އަދި ފިޠުރު ޢީދު ދުވަހަކީ، މާދަމާ ،21 އޭޕްރިލް ވާ ހުކުރު ދުވަސް ކަމުގައި ވަނީ އިޢުލާން ވެފައެވެ.

~ ގަލަންދާނު

https://twitter.com/SBAgovSA/status/1649082950984560641

Читать полностью…

Galandān ގަލަންދާނު



އަދި ތާބިޢީންގެ ތެރެއިން ބައިގަނޑެއްގެ އަރިހުން މިކަމުގެ މައްޗަށް ޝަރުޠެއް ލާޒިމު ނުކޮށް ހުއްދަ އައިސްފައިވެއެވެ:

ހ.
އަލްޙަސަން އަލްބަޞްރީ ވިދާޅުވިއެވެ: "ދިރުހަމުން ފިޠުރު ޒަކާތް ދިނުމުގައި މައްސަލައެއް ނެތެވެ."(4)

ށ.
ޒުހައިރް ބިން މުޢާވިޔާ ވިދާޅުވިއެވެ. އަބޫ އިސްޙާޤް (އައްސަބީޢީ) ވިދާޅުވާތީ އަހަރެން އަޑުއެހީމެވެ: "އަހަރެން އެވެރިންނާއި ބައްދަލުވިއެވެ. (އެބަހީ ކޫފާގައި ތިއްބެވި، ޞަޙާބީން އަދި ތާބިޢީންގެ އެންމެ ބޮޑެތި ބޭފުޅުން) އަދި އެވެރިން ރަމަޟާން މަހުގެ ޒަކާތް ގޮތުގައި އެއަށްވާ އަގުން ދިރުހަމް ނެރުއްވައެވެ." (އަލްޢުލްވާން، އައްޠަރީފީ އަދި އަލްޙަސަނީ މިރިވާޔަތް ޞައްޙަކުރެއްވި)

ނ.
ޤުއްރަތު ބުނު ޚާލިދް އައްސުދޫސީ ވިދާޅުވިއެވެ: "ފިޠުރު ޒަކާތާއި ބެހޭގޮތުން ޢުމަރު ބުނު ޢަބްދުލް ޢަޒީޒް ފޮނުއްވެވި ސިޓީ އަހަރެމެންނަށް އައެވެ. (އޭގައި ވިއެވެ) "ކޮންމެ އިންސާނަކަށް ބައި ޞާޢު އެވެ. ނޫނީ އެއާއި އެއްހަމަ ވެގެންވާ އަގު ބައި (ޞާޢު އަށް) ދިރުހަމެވެ." އަދި މިކަން ޘާބިތެވެ. އަދި އިބްނު ޢަޥްން ގެ އަރިހުން ޢުމަރު ބުނު ޢަބްދުލް ޢަޒީޒް ގެ އަރިހުން މިއަށް ތަބާވެއެވެ.

އަބޫ ޢަލީ އަލްޙަސަނީ ވިދާޅުވިއެވެ:

"މިއީ ޙަދީޘް އައުމުގެ އުޞޫލަށް ޖާހިލު މީހެއް މެނުވީ މި ބަލިކަށި ނުކުރާނޭ ޞައްޙަ ސަނަދެކެވެ. އަދި ޢުމަރު އަކީ އަމީރުލް މުއުމިނީން އެވެ. އަދި މިސިޓީ އަކީ ޝަހަރުތަކަށް ޢާންމު އެންގެވުމެކެވެ. އަދި އެޝަހަރު ތަކުގައި ޞަޙާބީން ވިއެވެ. ޢުމަރު އަކީ ތާބިޢީ ބޭފުޅެކެވެ. އަނަސް އާއި ޢުޤްބަތު ބުނު ޢާމިރުލް ޖުހަނީ އާއި ސަހްލު ބުނު ސަޢްދު އާއި ބައްދަލުވެވަޑައިގަތެވެ. އެބަހީ ނަބިއްޔާ ﷺ ގެ އަޞްޙާބުންނާއި ބައްދަލުވެވަޑައިގެންނެވިއެވެ. އެއީ ތާބިޢީ އެކެވެ. އަދި އާދައިގެ ތާބިޢީ އެއް ނޫނެވެ. އެހެނީ އެއީ އަމީރުލް މުއުމިނީން އެވެ. އަދި އެއްވެސް ޞަޙާބީއެއް (ޢުމަރު ބުނު ޢަބްދުލް ޢަޒީޒް ގެ) މިޢަމަލުފުޅަށް އިންކާރުކުރެއްވި ކަމެއް އެގެން ނެތެވެ."

މިއެންމެހާ ރިވާޔަތެއްވެސް ރިވާކުރައްވާފައިވަނީ އަބޫ ބަކުރު އިބްނު އަބީ ޝައިބާ އެކަލޭގެފާނުގެ "އަލް-މުޞައްނަފު" ގައެވެ.(5)

ފައިދާއެއް: އައްނަވަވީ އާއި އިބްނު ޙަޖަރު ފާހަގަ ކުރެއްވިގޮތުން މިއީ އަލްބުޚާރީގެ ވެސް ރައުޔެވެ. އިބްނު ރަޝީދު ވިދާޅުވިއެވެ: "އަލްބުޚާރީ މިމައްސަލައިގައި އެއްބަސް ވެލެއްވީ ޙަނަފީންނާއި އެވެ. އެއީ އެވެރިންނާއި ގިނަގުނަކޮށް (އެހެންކަންކަމުގައި) ޚިލާފުވުމާއި އެކުގައެވެ. އެހެނަސް މިނިންމެވުމަށް ވަޑައިގެންނެވީ ދަލީލުގެ މައްޗަށެވެ." (6)


____________
(4) އަބޫ ޢަލީ ޙަސަނީ ވިދާޅުވިއެވެ: މިއީ ޞައްޙަ އެކަލޭގެފާނު އަރިހުން ޘާބިތު ބަސްފުޅެކެވެ.
(5) އަލް-މުޞައްނަފު (ޖުޒުޢު 2 ޞ. 398)
(6) އިތުރަށް ބައްކަވާ

Читать полностью…
Subscribe to a channel