➋
ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވިއެވެ:
”އަޅުކަމުގެ އަސާސީ މާނަ އަކީ الذل އެވެ. ހިނގާބިނގާ މަގެއް އެއީ ”މުޢައްބަދު“ ( ލަފްޒީގޮތުން އަޅުވެތިކުރެވިފައިކަމަށް ) ބުނެވެއެވެ. އެއީ ފިޔަވަޅު އެޅި އެ " مذل " ( އޮމާން ) ކުރެވިފައި ވުމުންނެވެ. މިއާޚިލާފަށް ﷲ އަށް ވެވޭ އަޅުވެތިކަމުގައި الذل އާއި އެކު ލޯބި ވެސް ހިމެނިފައިވެއެވެ. އޭގައި ﷲ عزوجل އަށް ނިކަމެތިވުމުގެ ލަނޑުދަނޑި އާއި އެއިލާހަށް ކާމިލު ލޯބި ކުރުމުގެ ލަނޑުދަނޑި ހިމެނެއެވެ. މީހެއް ރުޅިވެރިކަމާއި އެކުވެސް އެހެން އިންސާނެއް ކުރިމަތީ ކިޔަމަންތެރި ކުރެވިދާނެއެވެ. އޭނާ އެމީހާއަށް އަޅުކަމެއް އެހެންކަމުން ނުކުރެވެއެވެ. އޭނާ މީހަކަށް ލޯބިކުރާނަމަ، އެހެނަސް އެފަރާތަށް އޭނާ މަޑުމޮޅިވެނިކަމެތިނުވާނަމަ ( الذل ) ، ދެން މިއީ އަޅުކަން ކުރުމެއްނޫނެވެ. އެއީ މިސާލަކަށް އޭނާގެ ދަރި ނުވަތަ ރަހުމަތް ތެރިޔެއްދެކެ ވާ ލޯތްބެވެ.
ވީމާ ، މި ދޭތިން އެކައްޗެއް އެކަނި، ﷲ އަށް އަޅުކަން ކުރުމުގައި ނުފުދެއެވެ. މިއާއި ޙިލާފަށް އެހެން އެންމެހާ އެއްޗެކަށް ވުރެ ﷲ އޭނާއަށް ލޮބުވެތިވާންޖެހެއެވެ. އަދި އެންމެހާ ތަކެއްޗަށްވުރެ މަތިވެރިވެސް މެއެވެ. ހަމަކަށަވަރުންވެސް، އެންމެ ފުރިހަމަ ވެގެންވާ ލޯތްބާއި ޛިއްލަތް ، ﷲ ނޫން ފަރާތަކަށް އެކަށީގެންނުވެއެވެ.“ اهـ ⁽³⁾
މިގޮތުން، މީހެއްގެ ލޯބީގެ ސަބަބުން، އޭނާގެ ދުނިޔެވީ ކަންކަމަށް ހުރަސް އެޅުމުގެ އިތުރުން އޭނާގެ ދީނީ ކަންކަމަށްވެސް ހުރަސް އެޅިދާނެއެވެ. މިހެންވިޔަސް މިއީ އެކަމުގައި އޭނާ އަޅުކަން ކުރީކަމަށް ނުބެލޭވޭނެއެވެ. މިއާ ޚިލާފަށް މިކަން ނިޞްބަތްވަނީ އޭނާގެ ހަވާނަފްސަށް ތަބައުވުމުގެ ތެރެއިންނެވެ.
(ނުނިމޭ)
~ ގަލަންދާނު
_____________________
⁽³⁾ އަލް ޢުބޫދިއްޔާ ޞ. 6
➁
އިބްނު ޢުމަރު رضي الله عنه އަރިހުން، ނަބިއްޔު ﷺ ޙަދީޘް ކުރެއްވި ކަމަށް ވާރިދުވެފައިވާ ޙަދީޘް:
مَا مِن أيَّامٍ أعظَمُ عِندَ اللهِ ولا أحَبُّ إليه مِن العَمَلِ فيهنَّ مِن هذه الأيَّامِ العَشرِ، فَأَكْثِرُوا فِيهِنَّ مِن التَّهليلِ وَالتَّكبيرِ وَالتَّحميدِ
”މި (ޛުލްޙިއްޖާ) ދިހަ ދުވަހަށްވުރެ މަތިވެރި އަދި އެއިލާހުގެ ޙަޟްރަތުގައި އެދުވަސްތަކަށްވުރެ ހެޔޮ ޢަމަލުތަކަށް ލޮބުވެތިގެންވާ އެހެން ދުވަސްތަކެއް ނުވެއެވެ. ފަހެ ތިޔަބައިމީހުން އެދުވަސްތަކުގައި ތަހްލީލު (لا إلَهَ إلاَّ الله) އާއި ތަކްބީރު (الله أكبر) އާއި ތަޙްމީދު (الحَمْدُ لِلّـهِ) ކިޔާހުށިކަމެވެ.“
ރިވާކުރެއްވީ އަޙްމަދު އަދި އެނޫން ބޭކަލުން ޟަޢީދު ސަނަދަކުންނެވެ. އޭގެ (ސަނަދު) ތެރޭ ޔަޒީދު ބުނު އަބީ ޒިޔާދު ހިމެނެއެވެ. އޭނާގެ ޟަޢީފު ކަމުގެ މައްޗަށް ފާޑުވިދާޅުވާ ބޭކަލުންގެ ބޮޑުބައެއް ވެއެވެ.
އަދި ޖާބިރު ބުނު ޢަބްދު ﷲ رضي الله عنه ގެ ޙަދީޘް، އެކަލޭގެފާނު ވިދާޅުވިޔޭ:ފަރުޟު ނަމާދުން ސަލާމް ދެއްވާހިނދު، ޢަރަފާތް ދުވަހުގެ ފަތިސް ނަމާދުން ފެށިގެން އައްޔާމުއް ތަޝްރީޤުގެ ފަހު ދުވަހުގެ ޢަޞްރު ނަމާދަށް ރަސޫލު ﷲ ﷺ ތަކްބީރު ކިޔުއްވަވައެވެ.
ރިވާކުރެއްވީ، އައްދާރަޤުޠުނީ އަދި އެނޫން ބޭކަލުންނެވެ. އަދި އޭގެ އިސްނާދު ބާޠިލެވެ. އޭގައިވާ ހަލާކަކީ ޖާބިރު ބުނު ޔަޒީދުލް ޖަޢުފީ އެވެ. އޭނާ އަކީ (ދޮގު ޙަދީޘް ހަދާާ ކަމަށް) ތުހުމަތުވެގެންވާ އޭނާ ފުށުން ޙަދީޘް ބަލައިނުގަނެވޭ މީހެކެވެ.
ނަމާދުން އަވަދިވުމާއިއެކު ވަޤުތުން ތަކްބީރު ކިޔުމުގެ ޙުކުމް
އަލްޙާފިޠު އިބްނު ރަޖަބް ވިދާޅުވިއެވެ: ޢިލްމުވެރިން ވަނީ ޖުމްލަގޮތެއްގައި މިދުވަސްތަކުގެ ނަމާދުގެ ފަހަތުގައި ތަކްބީރު ކިޔުން ޝަރުޢު ވެގެންވާ ކަމާއި މެދު އިއްތިފާޤު ވެލައްވާފައެވެ. އަދި ޞައްޙަ މަރުފޫޢު ޙަދީޘެއް މިކަމުގައި ނުވެއެވެ. އެހެނަސް އެކަމުގައި ވަނީ އަޞްޙާބު ބޭކަލުންނާއި އޭގެ ފަހުން ވަޑައިގަތް ބޭކަލުން ގެ އަރިހުން ވާރިދުވެފައިވާ އަޘަރުތަކެވެ. އަދި މުސްލިމުން އޭގެ މައްޗަށް ޢަމަލު ކުރެތެވެ. އަދި މިއީ، އުއްމަތް އެކަމެއް މައްޗަށް އިޖުމާޢުވެފައިވާ ބައެއް ކަންކަމީ، އަހަރެމެންނަށް އޭގެ މައްޗަށް ނަބިއްޔުު ﷺ އަރިހުން ޞަރީޙަ ނައްޞެއް ނަޤުލު ވެފައި ނުވާ އެއްޗެއް ކަމުގައި ވިޔަސް، އޭގެ މައްޗަށް ޢަމަލުވެވުން ވާ ކަމުގެ މައްޗަށް ދަލީލު ކޮށްދޭ ކަންކަމުގެ ތެރެއިން ކަމެކެވެ.
ޢިލްމުވެރިން ވަނީ ނަމާދަށްފަހު ތަކްބީރު ކިޔުންވަނީ ކޮން ދަނޑިވަޅެއްގައިތޯ އާއިމެދު ޚިލާފުވެލައްވާފައެވެ.
ހ. ސަލާމްދީ ވަޤުތުން ތަކްބީރު ކިޔުން، އަދި އެއީ އިސްތިޣުފާރު ކުރުމުގެ ކުރިންނެވެ.
"އަލްއިންޞާފް" ގައި އަލްމަރްދާވީ މިއަށް އިޝާރާތް ކުރެއްވިއެވެ. ވިދާޅުވިއެވެެ: ”އިމާމު ތަކްބީރު ކިޔާނީ ސަލާމް ދޭހިނދު ޤިބުލަޔަށް ކުރިމަތިލައިގެން ހުރެއެވެ...“ އަދި ޙަންބަލީން ކުރެ އެފަދައިން ވިދާޅުވާ ބޭކަލުން ޛިކުރު ކުރެއްވިއެވެ: އެއީ "އަލްފުރޫޢު" ގައި އިބްނުލް ޤާސިމް، އަދި އިބްނު ރަޒީން އެކަލޭގެފާނުގެ ޝަރަޙާ ގައި އަދި އެއީ އަބޫ ބަކްރު އިޚްތިޔާރު ކުރެއްވި ގޮތެވެ.
ށ. އިސްތިޣްފާރަށް ފަހު ތަކްބީރު ކިޔުން، އެބަހީ (اللّهم أنت السّلام ومنْك السّلام...) މި ޤަޥްލަށް ފަހު އެވެ. އެހެނީ އެއީ ތަކްބީރަށް ވުރެ ނަމާދާއި ގުޅިފައިވާ އެއްޗެކެވެ. އަދި ނަމާދުން އަވަދިވުމާއިއެކު އެ ކިޔުމަކީ ސުންނަތެކެވެ. މިއީ ދެބޭކަލުން އިއްތިފާޤުވެލެެއްވި ކަމެކެވެ. (އެބަހީ އަލްބުޚާރީ އާއި މުސްލިމް ރިވާކުރައްވާފައިވާ ކަމެކެވެ.) އަދި ނަމާދު ވެރިޔާ ނަމާދުގައި ދެމިހުންނަ ފަދައިން ވުން ޙައްޤުވެގެންނެއް ނުވެއެވެ. އެހެނަސް އެއިން ވަކިވާން ޖެހެއެވެ. އަދި މިއީ އައްޝައިޚް މުޙައްމަދު ބުނު އިބްރާހީމް ގެ ޤަޥްލެވެ. އަދި އައްޝައިޚް މުޙައްމަދު ބުނުލް ޢުޘައިމީން ޚިޔާރު ކުރެއްވި ގޮތެވެ.
— އައްޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އަލްޚުޟައިރް (މަޞްދަރު)
~ ގަލަންދާން
ދޫކޮށްލެވިފައިވާ ސުންނަތް ތަކުގެ ތެރޭގައި:
ޛުލް ޙިއްޖާ ގެ ދިހަ ދުވަހުގެ ތެރޭގައި ރަމަޟާން މަހުން ގެއްލިފައިވާ ރޯދަ ތައް ޤަޟާއު ކުރުން ހިމެނެއެވެ. އެދުވަސްވަރުގެ ފަޟުލުވަންތަކަން ހޯދައިގަތުމަށެވެ:
އަލްއަސްވަދް ބުނު ޤައިސް އަރިހުން ރިވާވެގެން ވެއެވެ: ވިދާޅުވިއެވެ: ރަމަޟާން މަހުގެ ޤަޟާއުތައް، މި ދިހަ ދުވަސް ތެރޭ ކުރެއްވުމަށް ޢުމަރު ބުނުލް ޚައްޠާބް ލޯބިކުރައްވައެވެ. އެބަހީ ޛުލް ޙިއްޖާ މަހުގެ ދިހަ ދުވަހެވެ.
ރިވާކުރެއްވީ ޞައްޙަ ސަނަދަކުން ޢަބްދުއް ރައްޒާޤު އެވެ. އަދި މަރުފޫޢު ކޮށް (ޙަދީޘް ފުޅެއް ގޮތުގައި) ވެސް އައިސްފައިވެއެވެ. އެ ޞައްހަ އެއް ނޫނެވެ. އެހެންކަމުން އަލް އިމާމް ދާރަޤުޠްނީ ރަނގަޅު ގޮތަކީ (ޢުމަރު އަށް) ހުއްޓިފައިވާ ކަމަށް ކަނޑައެޅުއްވިއެވެ.
އަދި މިފަދައިން ތާބިޢީ ބޭކަލުންގެ ތެރެއިން ބޮޑެތިން ޢަމަލު ކުރެއްވިއެވެ. އޭގެ ތެރޭގައި:
ސަޢީދު ބުނުލް މުސައްޔަބު -رحمه الله- ހިމެނެއެވެ:
އެއީ ރަމަޟާން މަހުގެ ޤަޟާއު ތައް މިދިހައެއް —އެބަހީ ޛުލް ޙިއްޖާ ދިހައެއް — ތެރޭ އަދާކުރުމުގެ މައްސަލައެއް ނުވާ ކަމަށް އެކަލޭގެފާނު ދެކިލައްވާ ކަމުގައެވެ.
ރިވާ ކުރެއްވީ، އިބްނު އަބީ ޝައިބާ އެވެ. އަދި އޭގެ ސަނަދު ޞައްޙަ އެވެ.
~ ޝައިޚް ޢަބްދުލް ޢަޒީޒުލް ޚުޟައިރް | ގަލަންދާނު
🔻
އުޟްޙިޔާގައި ބައިގަނޑެއް ބައިވެރި ވުމުގެ ޙުކުމް:
އިބްނު ޤުދާމާ ވިދާޅުވިއެވެ:
އަދި ޖަމަލެއް ގައި 7 މީހުން ބައިވެރިވުން ހުއްދައެވެ. އަދި އެފަދައިން ގެރީވައިވެސް އެވެ. އަދި މިއީ ޢިލްމުވެރިން ގެ ތެރެއިން ގިނަ ބޭކަލުންގެ ބަސް ފުޅެވެ.
އަދި މިކަން ޢަލީ އާއި އިބްނު ޢުމަރު އާއި އިބްނު މަސްޢޫދު އާއި އިބްނު ޢައްބާސް އަދި ޢާއިޝާ رضي الله عنهم ގެ އަރިހުން ރިވާވެގެން ވެއެވެ.
އަދި ޖާބިރު އަރިހުން، މުސްލިމް އާއި އެނޫން ބޭކަލުން ރިވާކުރެއްވިއެވެ: ވިދާޅުވިއެވެ: ”އަހަރެމެން ނަބިއްޔާ ﷺ އާއި އެކު، އަލްޙުދައިބިއްޔާ ގައި ގުރުބާނީ ކަތިލީމެވެ. (ފިރިހެން) ޖަމަލެއް 7 މީހުންގެ ފަރާތުންނެވެ. އަދި ގެރިޔެއް 7 މީހުންގެ ފަރާތުންނެވެ.“
ނޯޓް: ޢިލްމުވެރިން ތެރޭ، ބަކަރި އަދި ކަންބަޅި އުޟްޙިޔާ ގެ އުމުރު ހިސާބުކުރުމުގައި ޚިލާފެއްވެއެވެ. މިޕޯސްޓް ގައި ކުރިން ބަކަރީގެ އުމުރަކީ 2 އަހަރު ކަމަށް ބަޔާން ކުރީ ޝާފިޢީން ތެރޭ ރާޖިހު ގޮތެވެ. އެހެނަސް މިހާރު އެވަނީ ޖުމްހޫރު ރައުޔުއަށް ބަދަލު ކުރެވިފައެވެ. އެއީ 1 އަހަރު ފުރުމެވެ.
Читать полностью…📚 ”ޛުލް ޙިއްޖާ މަހުގެ ދިހަ ދުވަހުގެ ތެރޭ ޝަރުޢު ވެފައިވާ އަޅުކަންތައް، ދެ ބަޔަކަށް ބެހެއެވެ:
⓵ މި ދުވަސްތަކުގައި މެނުވީ ޝަރުޢުވެގެން ނުވާ ވަކި ޚާއްޞަ އަޅުކަން ތައް؛ ޙައްޖު އާއި އުޟްޙިޔާ އަދި — ވަކި ޚާއްޞަ ސިފަޔެއްގައި ކިޔޭ — ތަކްބީރު ފަދަ.
⓶ މި ދުވަސްތަކާއި އެހެނިހެން ދުވަސްތަކުގައިވެސް ޢާންމު ގޮތެއްގައި ޝަރުޢުވެގައިވާ އަޅުކަންތައް؛ (ސުންނަތް) ރޯދަ އާއި ނަމާދާއި އަދި އެންމެހާ ކުއްތަން ވުމުގެ ޢަމަލުތައް — އެހެނީ މިތަކެތި ވަނީ މިދުވަސް ތަކަށް (އޭގެ މޮޅު އިތުރުކަން) ކަށަވަރުވެފާއި.“
ޝެއިޚް ޢަބްދު الله އައްސަޣްދު
~ ގަލަންދާނު
ރައްކައު ކުރަމޭ އެކަލޭގެފާނު، ވަށައި ތިބެގެން
ހަނދުމަނެތިކޮށް އަމިއްލަ ދަރިން ބޮޑުބެއިން
ޠާހިރުކަމެއް އެއީ އެމޫނު ވާރޭއޮހޮރޭ ވިލާއެއް ފަދައިން
ޔަތީމުންގެ އުފަލޭ ހުވަފަތް
ކަނބަލުންގެ ރައްކައު
ގަންދީ ބުނަން ﷲ، އައިބެއްކަމަށް ނުވީހީ ނަމަ
ކާބަފައިންގެ ދައުރުތަކަށް އެއިން ލައިގަނެގެނެދާ
ވީމުހޭ ތަބައު، އެބޭފުޅަށް އެންމެހާ ހާލަތަކު
ނިކަމެތި ބަހެއްގަ މެނުވީ، ދާއިމަށް އަބަދަށް
އެވެރިންގެ ތެރޭ ގާތްތިމާގެ މީހެއް އަނެކާއަށް ނަޞްރުވެރި ނުވުމަކީ އަޢިބެކެވެ. އެއީ ޢަޤީދާގެ ގޮތުން ޚިލާފުވިއެއްކަމަކު އެވެ. އަބޫ ޠާލިބު އޭނާގެ އަޚާގެ ދަރި - އިތުރު އެކަލޭގެފާން عليه أفضل الصلاة والسلام - އަށްޓަކައި މި ޝަރަފުވެރި ނިންމުން ނިންމީ މީގެ މައްޗަށެވެ. އެހެނީ "ޢަރަބީންގެ ތެރޭ، އެވެރިންގެ އަޚާ ނުވަތަ ބޮޑުބެ ދަރި — ކުށެއް މަތީވިޔަސް ނޫނީ ހެވެއް މަތީ ވިޔަސް ނުވަތަ ޢަދުލުވެރިކޮށް ވިޔަސް ނޫނީ އަނިޔާވެރިވިޔަސް — އޭނާ އަށް ނަޞްރު ނުދިނުމަކީ ޢައިބެކެވެ. އޭނާ ދޫކޮށްލުމީ ޢައިބެއް ކަމުގުގައި ވުމުގެ މާނައިގައެވެ. ލޭގެ ގޮތުން އަޚާ ނޫނީ ބޮޑުބެ ދަރި އަށް އެހީނުވެ ހުރެއްޖެ ނަމައެވެ... މިހެން ކަމަށްޓަކައި ބުނެވެއެވެ: "އަނިޔާވެރިވިޔަސް ނޫނީ އަނިޔާ ލިބުނަސް، ތިބާގެ އަޚާއަށް ނަޞްރުވެރިވާށެވެ." އަދި މިއީ ޖާހިލިއްޔަތުގެ ޙުކުމެވެ. ... އެހެނީ "ނަޞްރު" ވެރިވުމަކީ އެވެރިންގެ މަފްހޫމުގައި އަބަދުވެސް އެއްބާރުލުން ދިނުމެވެ. އެހެނަސް އިސްލާމް ކަމުގައި އަނިޔާ ވެރިޔަކަށް "ނަޞްރު" ދިނުމަކީ އޭނާގެ އަނިޔާވެރިކަން ނައްތާލުމަށް ނަޞީޙަތް ތެރިވުމެވެ..."[7]
~ ނުނިމޭ ~
Investigating the Beliefs of Who Leads the Prayer, is From The Ways of Khawārij and Heretics
“You mentioned, — may Allah guide us and you to the knowledge that brings him closer to Him and the deeds that He is pleased with — that you saw a man praying behind an imām, for many days, whose views were not known to him. Know, then — May Allah have mercy on us and you — that investigating such matters, is an innovation introduced by the Khārijites: revealing the views of the people and testing them with it. They followed the path of Al-Ma’mūn, Al-Mu’taṣim and Al-Wāthiq along with Ibn Abī Dāwūd, Bishr Al-Marīsī and from their direction, while none of the Companions — may Allah be pleased with them — nor the best from their Followers (Al-Tāb'īn) , objected in praying behind every imām who prayed with them, even behind Al-Ḥajjāj, Ḥubaysh bin Daljah, Najdah Al-Ḥarūrī, Al-Mukhtār, and [likewise] everyone accused of kufr…” —until he said: “...If you are not permitted to pray behind someone except that you have heard of, then verily you have lost your bargain.”
— Ibn Ḥazm, "Rasā‘il" (3/ 207)
~ Galandhaanu
②
ސުވާލު: ހުކުރު ފަރުޟުވީ ނަބިއްޔާ صلي الله عليه وسلم ހިޖުރަ ކުރެއްވުމުގެ ކުރިންތޯ ނުވަތަ ފަހުންތޯއާމެދު އެއްވެސް ޚިޔާލު ތަފާތުވުމެއް އެބައޮތްތޯ؟ އިބްނު ރަޖަބު އެގޮތަށް ފާހަގަކުރެއްވިކަން އަޅުގަނޑަށް ފެނިފައިވެއެވެ.⁽²⁾
ޖަވާބު: އާއެކެވެ. އިޚްތިލާފު އެބައޮތެވެ. ތިން ރަޢުޔެއް އެކަމުގައިވެއެވެ. އެއީ މައްކާގައި ވާޖިބުވި ނަމަވެސް އެތަނުގައި އަދާނުކުރައްވާ ކަމާއި، ހިޖުރައަށްފަހު ފަރުޟުވެގެންވާކަމެއް ކަމާއި، މައްކާގައި ވާޖިބުވެ، މައްކާގައި ކުރެވުނު ކަމެއް ކަމުގައެވެ.
ސުވާލު: ހުކުރު ފަރުޟު ވެގެން ދިޔައީ ކަމަށް ދެކޭ މީހުންގެ ޚިޔާލު ބިނާވެފައިވަނީ އަޒްޒުހުރީގެ ބަލިކަށި ރިވާޔަތްތަކެއްގެ މައްޗަށް ހެއްޔެވެ؟
ޖަވާބު: އާއެކެވެ. އެކަމުގައި އެވެރިންގެ އަސާސަކީ އެއީ އެވެ. އަދި (މިމައްސަލާގައި އައިސްފައިވާ) ޞައްޙަ ރިވާޔަތަށް ބެލި ކަމުގައި ވިޔަސް، ވާޖިބުގެ ކުރެވުނު ވާހަކައެއް އޭގައި ނަންގަނެވިފައި ނުވެއެވެ.
އަދި އޭރު އެއީ ފަރުޟެއް ކަމުގައި (ބަޙުޘަށްޓަކައި) ބުންޏަސް، އެއަކުން އާޚިރުގެ ނައްޞުތަކުގައި ހުކުރުގެ ވާޖިބުވުން ޢާންމު އަމުރެއް ގޮތުގައި އޮތް އޮތުން ނަފީއެއް ނުކުރެއެވެ. އޭގެން (އެއަމުރު) ކޮންމެ ތަނަކަށް ވިޔަސް ތަޘްބީތުވުން ވެއެވެ.
މިއީ މައްކާގައި ހުކުރު ނުކުރެވުނު ސަބަބަކީ، ބިމުގެ ބާވަތަށް ބަލައިގެން ކަމަށް ކުރެވޭ ޤަބުލު ކުރުމަށް ބާރުދޭ އެއްވެސް ދަލީލެއް ނެތް ކަމުގެ އިތުރުނެނެވެ. އެއީ ހަމައެކަނި ކުރެވޭ ލަފާ ތަކެކެވެ.
ސުވާލު: އެންމެ ފަހުން ފާހަގަކުރެއްވި ކަންތަކަށް (އެބަހީ: މައްކާގައި ހުކުރު ނުޖުރެވުނީ، އޭރު އެތަނަކީ މުޝްރިކުންގެ ވެރިކަނުގައި އޮތް ދާރުލް ކުފުރަކަށް ވީތީ ކަމަށް ބުނާ ބުނުމަށް) ތާއީދުކުރާ އެއްވެސް ދަލީލެއް އެބައޮތްތޯއެވެ؟
ޖަވާބު: އަހަރެންނަށް އެނގިގެން ނެތެވެ. ❝
—ޝައިޚް ހައިޘަމް ސައިފައްދީން
~ ގަލަންދާނު
-------------------------
[2] فتح الباري شرح صحيح البخاري لابن رجب - ج 8 - 66-68
هَلْ أُنَبِّئُكُمْ عَلَىٰ مَن تَنَزَّلُ ٱلشَّيَٰطِينُ
އެއުރެންގެ މައްޗަށް ޝައިޠާނުން ފައިބާ މީހުންގެ ޚަބަރު، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވަން ހެއްޔެވެ؟...
« އައްޝުޢަރާއު 217 - 227 » (ދިވެހި ތަރުޖަމާ)
މަންމައިންގެ ދުވަސް
”އިސްލާމީ ޝަރީޢަތް ވަނީ މައިމީހާ މަތިވެރިކޮށްފައެވެ. އަދި ކޮންމެ ދުވަހަކީ އެމައިމީހާއަށް ހެޔޮކޮށް ހިތަން ޖެހޭ ދުވަހެއް ގޮތުގައި ކަނޑަ އެޅިފައެވެ. އަދި ކިއެއްހެއްޔެވެ؟ އެމައިމީހާ ނިޔާވުމަށް ފަހު ވެސް، އެކަމަނާގެ އެކުވެރިންނަށް ކަމޭ ހިތުމަށް އަމުރުވެވިފައިއެވެ. ވީމާ އަހަރަކު އެއްދުވަސް އެކަމަނާއަށް ދިނުމަކީ އިހާނަތެކެވެ. އަދި ދީނަށް އަލަށް ގެނެވިފައިވާ ކަމެކެވެ. (ބިދުޢަ އެކެވެ.)“ — އައްޠަރީފީ
~ ގަލަންދާނު
#ކައިވެނީގެފިގުހު 3
📌 ވަލީ އެއް ނުވާ އަންހެނާގެ ވަލީ އަކީ "އައްސުލްތާން" އެވެ.
މި ލަފުޒަށް ހޭވެރިވެ ތިބޭށެވެ! وعن عائشة رضي الله عنها قالت : قال رسول الله صلى الله عليه وسلم : " أيما امرأة نكحت بغير إذن وليها فنكاحها باطل فنكاحها باطل ، فنكاحها باطل ، فإن دخل بها فلها المهر بما استحل من فرجها ، فإن اشتجروا فالسلطان ولي من لا ولي له . رواه الترمذي ( 1102 ) وأبو داود ( 2083 ) وابن ماجه ( 1879 ) . وصححه الألباني في إرواء الغليل ( 1840 )
ޢާައިޝާ رضي الله عنه އަރިހުން، ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި ކަމަށް: "އެމީހެއްގެ ވަލީގެ ހުއްދަ އެއް ނެތި ކައިވެނި ކޮށްފި ކޮންމެ އަންހެނެއް، ފަހެ އޭނާގެ ކައިވެނި ބާތިލެވެ. އޭނާގެ ކައިވެނި ބާތިލެވެ. އޭނާގެ ކައިވެނި ބާތިލެވެ. އަދި އެހެނަސް އެކަނބުލޭގެ އާއި ރޭކޮށްފިތަ، ދެންފަހެ އެހިންދު އޭނާ އަށް މަހްރު (ކައިވެނީގެ ރަން) ހައްޤެވެ. އެ އީ އެކަނބުލޭގެ ފަރުޖު ހުއްދަ ކުރި ކުރުމަށެވެ. އަދި އެވެރިން (ވަލީ ވެރިންނާ މެދު) ދެބަސް ވެއްޖެތަ، ފަހެ ވަލީ އެއް ނުވާ އަންހެނާގެ ވަލީއަކީ އައްސުލްތާން އެވެ."
އިބްނު ޤުދާމާ އަލްމަޤްދިސީ ވިދާޅުވި އެވެ: "އަންހެނާގެ ވަލީވެރިން ނެތް ހާލު އޭނާ ކައިވެނި ކޮށް ދިނުން ވަނީ ސުލްތާނާއަށް ކަމާއި މެދު ޢިލްމުވެރިންގެ ދެމެދު އިޚްތިލާފެއް ވާކަމެއް އަހަރެމެންނަށް އެގިފައެއް ނުވެ އެވެ...
މިތާގައި އަލްސުލްތާން (سلطان) ގެ މުރާދަކީ (މުސްލިމުންގެ) އިމާމް އެވެ. ނުވަތަ އަލްހާކިމް އެވެ. (ހުކުމް ކުރާ ޣާޒީ). ނުވަތަ މިއަށް އެކަށީގެންވާ މީހެކެވެ." (އަލްމުޣުނީ 9/360)
ވީމާ، މުސްލިމުންގެ އިމާމް، ނުވަތަ އެ ބޭފުޅެއް ގެ ދަށުން އައްޔަން ވެފައިވާ މީހެއް ނޫނީ ޣާޒީ އެއް، ނެތިއްޖެ ހާލުގައި، މިކަން ކަމުގައި ހިފުން ވަނީ، އެކަމަށް އެކަށީގެންވާ، އިލްމީ ގޮތުން ޣާޒީއެއް ގެ މަގާމު އަދައު ކުރެވޭނޭ، ނުވަތަ އެތަނެއްގެ މުސްލިމުން ތެރެއިން ކަންކަމަށް އަމުރު ހިނގައި ލަފާ އެހި ބާރު ހުރި މީހެކެވެ.
ޝެއިޚުލް އިސްލާމް، އިބްނު ތައިމިއްޔާ ވިދާޅުވި އެވެ: "އަދި ކައިވެނީގެ ވަލީ އަރާ މީހެއް އެއްވެސްގޮތަކަށް ނެތިއްޖެ ހާލުގައި، ކައިވެނި ނޫން ކަން ކަމުގައި އަމުރު ހިންގުމުގެ ކުޅަދާނަކަން ހުރި ފަރާތަކަށް އެކަން ރައްދުވާނެ އެވެ. މިސާލަކަށް ރަށެއްގެ ރައީސެއް، (ދަތުރު މަތީނަމަ) ޤާފިލާ އެއްގެ އަމީރެއް، އަދި މިއާއި އެއްގޮތް ފަރާތްތަކަށެވެ." (އަލްއިޚްތިޔާރާތު ޞ. 350)
އެހެން ކަމުން، ކޮންމެ ކޮންމެ މުސްލިމަކަށް "ސުލްތާން" ގެ ހުކުމް ޤިޔާސް ކުރުން ހުއްދަވެގެން ނުވެ އެވެ. އަދި މިއީ ބޮޑު ފާހިޝް ފަސާދަ އެކެވެ. އަދި ޢިލްމީ ގޮތުން ބުރަދަނެއް ނެތް، ޣާޒީ އެއް ކަމުގައި ނުވެއްޖެ މީހެއް، އަންހެނާގެ ކައިވެނީގައި ވަލީ ވެރިންނާއި ދެބަސްވެ ނިޔާ ކަނޑަ އެޅުމުގައި އައްޔަން ކުރުން ހުއްދަވެގެންނެއް ނުވެ އެވެ. އަދި އެފަދަގޮތެއްގައި ވެ، ބާތިލުކޮށް ނިޔާކަނޑަ އަޅައި ކައިވެންޏެއް ކުރެވިއްޖެ ނަމަ، މި ސިލްސިލާގެ ފުރަތަމަ އަދަދުގައި ބަޔާން ކުރި ފަދައިން އެ އަޤުދު ބާތިލުވެގެން ވެ އެވެ. ދެން ދަންނާށެވެ. ޝަރުޢީ ޣާޒީ އެއް ވެސް ނެތިއްޖެ ހާލެއްގައި އަންހެނާ ވެއްޖެ ނަމަ، އަދުލުވެރި މުސްލިމެއް އޭނާގެ ކައިވެނިކޮށް ދިނުން ހުއްދަ ވެގެން ވެ އެވެ.
އިބްނު ޤުދާމާ ވިދާޅުވި އެވެ: "އަންހެނާ އަށް ވަލީ އެއް ވިޔަސް، އަދި ސުލްތާން ވިޔަސް ނުހޯދިއްޖެ ނަމަ، އަޙްމަދު ގެ ކިބައިން އައިސްފައިވާ ބަސްފުޅަކުން ދަލީލުކޮށްދެނީ، އެކަންބުލޭގެ ހުއްދަ އާއި އެކު އަދުލުވެރި މުސްލިމެއް އޭނާގެ ކައިވެނި ކޮށް ދިނުމަށެވެ. އަލްމުޣްނި 9/362
އަލްޤުރުތުބީ رحمه الله ވިދާޅުވި އެވެ: އަންހެނާ، އޭނާ އަށް ސުލްތާން އެއްވިޔަސް ނެތް އަދި ވަލީ ވެރިޔެއްވެސް ނެތް ދަންޑިވަޅެއް ދިމާވެއްޖެ ތަ، އެ ކަނބުލޭގެ މައްޗަށް ވަނީ އަވަށްޓެރިން ކުރެ، އެކަނބުލޭގޭއަށް އިތުބާރު ހުރި ފަރާތެއް އެކަންކަމާއި ހަވާލުވުމެވެ. އަދި އެމީހެއް އެކަނބުލޭގެ ކައިވެނި ކޮށް ދިނުމެވެ. އަދި އޭނާ އަކީ އެކަނބުލޭގެ ވަލީ ކަމުގައި އެ ހާލުގައި ވުމެވެ. އެހެނީ، އެއްވެސް ޝައްކެއް ނެތް ގޮތުގައި، އިންސާނުން ކައިވެނި ކުރެވެން ޖެހެ އެވެ. އަދި ކެރި ކުޅަދާނަ ވެވުނު މިންވަރަކުން އިހުސާންތެރިކަމާއި އެކު އެކަންތައް ކުޅައުމެވެ." (އަލްޖާމިޣު ލި އަޙްކާމް އަލްޤުރްއާން 3/76)
ސުވާލެއް: ވަލީވެރިޔެއް ނެތި، އެހެނަސް ސުލްތާން އެއް ހުރެއްޖެ ހާލުގައި، ވަކި ފަރުދެއް ކޮށްދޭ ކައިވެނި ސައްހަ ވާނެތަ؟
މިކަމުގައި ޢިލްމުވެރިންގެ އިޚްތިލާފެއް ވެ އެވެ. އޭގެ ތެރެއިން ބަޔެއް އެކަން ހުއްދަ ކަމަށް ވިދާޅުވި އިރު ގިނަ ބޭފުޅުން އެކަން މަނައު ކުރައްވަ އެވެ. އަދި މިކަމުގައި ރާޖިހު ގޮތަކީ ހުއްދަވިޔަސް، ހުއްދަވުން ވަނީ ޟަރޫރަތެއްގަ އެވެ. އެ އީ ބަލި މީހެއް ސުލްތާން އާއި ހަމަޔަށް ވާސިލުވެވެން ނެތް، ނޫނީ ދިގު ދަތުރެއް މަތީ ވެއްޖެ އަދި މިނޫވެސް މިފަދަ ޟަރޫރަތުގަ އެވެ. ﷲ أعلم. .........
#ކައިވެނީގެފިގުހު 2
🔘 ކައިވެނި އިއުލާން ކުރުމުގެ ވާޖިބިއްޔަތު
ފިޤުހު ޢިލްމުވެރިންގެ ތެރެއިން ބަޔެއް ބޭފުޅުން ވަނީ ކައިވެނި އިއުލާން ކުރުމަކީ ކައިވެނީގެ ޝަރުތެއް ކަމަށް ވިދާޅުވެފަ އެވެ. އަދި މިއީ ހައްޤާއި ދުރު ނޫން ބުނުމެކެވެ. އެބޭފުޅުން މީގެ ސަބަބެއްގެ ގޮތުން ދައްކަވާފައިވަނީ ކައިވެނި އިއުލާން ކުރުމަކީ (ހަލާލު) ކައިވެންޔާއި ފާހިޝް ގުޅުމާއި ދެމެދުގައިވާ ފަރަގު ކަމެވެ. އަދި މިކަމަށް ބާރުދޭ ދަލީލެއް ގެ ގޮތުގައި ނަބިއްޔާ صلى الله عليه وسلم ގެ މި ޙަދީޘް ފުޅުވެ އެވެ:
" فصْل ما بين الحلال والحرام الدفوالصوت في النكاح "
ހަރާމާއި ހަލާލާއި ދެމެދު ވާ ތަފާތަކީ ކައިވެނީގެ ދަފު (އެ އީ ކުޑަ ބެރެއް) އަދި (އެ ހަފުލާ ގެ) އަޑެވެ.
رواه الترمذي ( 1088 ) والنسائي ( 3369 ) وابن ماجه ( 1896 ) . وحسَّنه الشيخ الألباني في " إرواء الغليل " ( 1994 ) .
އަދި ކިޔެއް ހެއްޔެވެ؟ އިމާމް އަޙްމަދު، އަބްދުﷲ ބިން އަލް ޒުބައިރު އަރިހުން، ﷲ ގެ ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި ކަމަށް ރިވާ ކުރެއްވި އެވެ: ( أعلنوا النكاح ) والحديث حسنه الألباني في إرواء الغليل (1993) "ކައިވެނި އިއުލާން ކުރާށެވެ" މިޔާއި އެކު ޖުމްހޫރް އިލްމުވެރިންގެ ރައުޔުގައި ކައިވެނި އިއުލާން ކުރުން، އެބަހީ އެޔަށް ހެކިވެރިންވުން ވާޖިބު ވެގެން ވެ އެވެ. އަދި ކިޔެއް ހެއްޔެވެ؟ މިއީ ކައިވެނީގެ ސައްހަ ކަމުގެ ށަރުޓެކެވެ.
📌 [ މުހިއްމީ އިއުލާނެވެ. އެކަހެރި ހެކިވެރިޔެއް ނޫނެވެ. ] ދަންނާށެވެ. "ހެކިވެރިން" ވުމުގެ މައްޗަށް އަދި "ދެ ހެކިވެރިން" ވުމުގެ މައްޗަށް މި ބާބުގައި އައިސްފައިވާ ހަޑީޠް ތަކުގައި ޚިލާފު ވެ އެވެ. އަދި އިމާމް އަޙްމަދު އާއި އިބްނުލް މުންޒިރު އަރިހުން މިފަދައިން ނަގުލު ވެފައި ވެ އެވެ. އިބްނު ޢަބްދުލް ހާދީ އަލްހަމްބަލީ އާއި އަލްޒަހަބީ މިފަދައިން އެދެބޭފުޅުން އަރިހުން ނަގުދު ކުރެއްވި އެވެ.
އަދި އިބްނު ތައިމިއްޔާ ވެސް މިފަދައިން މަޖްމޫޢު އަލްފަތާވާ ގައި ވިދާޅުވި އެވެ. އައްތިރްމިޒީ 3/411 ގައި "ބަޔާނާއި ނުލައި (އެބަހީ އެޔަށް ހެކިވާނޭ ހެއްކާއި ނުލައި) ކައިވެންޏެއް ނުވޭ) އޭ ބުނެވުނު ޙަދީޘް ނަގުދު ކުރެއްވުމަށް ފަހު ވިދާޅުވި އެވެ.
(އަދި މިރިވާޔަތަކީ މަރްފޫޢު ކޮށް ސާބިތު ނުވިޔަސް، މަޥްގޫފް ކޮށް އިބްނު ޢައްބާސް ގެ ބަސްފުޅެއް ގޮތުގައި ސައްހަ ރިވާޔަތެކެވެ.
އައްތިރްމިޒީ ވިދާޅުވި އެވެ: "އަދި މީގެ މައްޗަށް ނަބިއްޔާ صلى الله عليه و سلم ގެ ސަހާބީންގެ ޢިލްމުވެރިންނާއި އެބޭފުޅުންނަށް ފަހު ތާބިޢީ ބޭކަލުން އަމަލު ކުރެއްވި އެވެ.
ވިދާޅުވެތެވެ: "ހެއްކާއި ނުލައި ކައިވެންޏެއް ނުވެ އެވެ."
އޭގެތެރެއިން އިސްވެދިޔަ ބޭފުޅުން މިކަމުގައި ޚިލާފެއް ނުވެތެވެ. އެހެނަސް ފަހުގެ ޢިލްމުވެރިންގެ ތެރެއިން ފަހުގެ ބައިގަންޑެއް މެނުވީ އެވެ. އެ އީ (އެއްވަގުތެއްގައި ހެކިނުވެ) ވަކި ވަކިން މީހުން ހެކިވުމާއި މެދުގަ އެވެ. އެހެން ކަމުން ކޫފާ އާއި އެނޫން ތަންތަނުގެ ޢިލްމުވެރިންގެ ތެރެއިން ގިނަ ބޭކަލުން ވިދާޅުވެ ތެވެ: "ކައިވެނީގެ އަޤުދު ކުރެވޭ ވަގުތު (އެންމެ މަދުވެގެން) ދެ ހެކިވެރިން ނެތި ކައިވެނި ކުރުން ޖާއިޒެއް ނޫނެވެ." އަދި މަދީނަ ގެ ބޭކަލުންގެ ތެރެއިން ބަޔެއްގެ ރައުޔަކީ، އެކަން އިއުލާން ކުރެވޭނަމަ، ވަކި ވަކިން ހެކިވުން ޖާއިޒުވެގެންވާ ކަމަށެވެ. އަދި މިއީ (އިމާމް) މަލިކް ބިން އަނަސް އާއި އެނޫން ބޭކަލުންގެ ގައުލެވެ. އަދި މިއީ އިސްޙާޤް މަދީނާގެ އަހުލުންގެ އަރިހުން ނަގުދުކުރެއްވި ގޮތެވެ. (އައްތިރްމިޒީގެ ބަސްކޮޅު ނިމުނީ)
އަލްބަޣާޥި "ޝަރަޙަ އައްސުންނަތް" 9/46 ގައި ވިދާޅުވި އެވެ: "އިލްމުވެރިންގެ ތެރެއިން ގިނަ ބޭފުޅުން ނަގުދު ކުރައްވާފައިވަނީ ބަޔާންވަނިވި ހެއްކާނުލައި ކައިވެނި އަގުދު ނުވާނޭ ކަމެވެ. އަދި މިކަމުގެ މައްޗަށް ސަހާބީންނާއި އެބޭފުޅުންނަށް ފަހު ވީ ތާބިޢީންނާއި އެނޫން ބޭފުޅުންގެ ފަރާތުން ފާޅުވަނިވި ޚިލާފެއް ނުވެ އެވެ. އެހެނަސް ފަހުން އައި ބޭކަލުން ތަކެއް މެނުވީ އެވެ.
ބުނެވެ އެވެ: އެ އީ އަބޫ ޘަވްރު ގެ ބުނުމެވެ: "ހެކިވެރިންނަކީ ކައިވެނީގެ ޝަރުތެއް ނޫން" ކަމަށެވެ. އަދި ގިނަ ޢިލްމުވެރިން ނަގުދު ކުރައްވަނީ އަގުދު ކުރެވޭ ވަގުތު ހެކިވެރިން ހާޒިރުނުވެ އަގުދެއް ނުވެވޭނޭ ކަމެވެ.
ބައެއް ޢިލްމިވެރިން ނަގުދު ކުރައްވާފައިވަނީ، ދެ ހެކިވެރިން އަގުދުކުރުމަށް ނެތަސް، އިއުލާން ކުރުމުން މިކަން ހާސިލު ވެގެން ދާ ކަމަށެވެ. މިހެނީ ދެ ހެކިވެރިން ޝަރުތު ކުރުމަށް ހުރި ހަދީޘްތައް ބަލިކަށިވުމުގެ ސަބަބުންނެވެ. އެހެނީ ހެކިވެރިން ބޭތިއްބުމުގެ މަގުސަދަކީ މިވެނި އަންހެން މީހެއްގެ ފިރިމީހާއަކީ މި ފިރިހެނާ ކަމަށް އަންގައިދީ ބަޔާން ކޮށްދިނުން ކަމުގައި ވެފައި، އިއުލާނުކޮށް ފާޅުކުރުމުގެ ސަބަބުން އެކަން ހާސިލުވެދާތީ އެވެ.
(ސަލަފުން އެއެއްމަތީ ތިއްބެވި ތެދުވެރިކަމާއި ހެޔޮ އަޚްލާޤަށް ދަޢުވަތު ދިނުމުގެ މުޙިއްމު ކަން)
❞ އަދި ކާފަރުންނާ ޖިހާދުކޮށް، އެވެރިންގެ އަތްދަށުވެފައިވާ މުސްލިމުންގެ ބިންތަކާއި މުސްލިމުންގެ އަސީރުން މިނިވަންކުރުން ވާޖިބުވެގެންވެއެވެ. އަދި ކާފަރުންނާ ދެކޮޅަށް އެކަތިގަނޑަކަށްވެ އޮތުން، މުސްލިމުންގެ މައްޗަށް ވާޖިބެވެ. [ހަމަ އެފަދައިން ވާޖިބުވެގެންވަނީ] އެއްބައިވެ، ﷲ އާއި އެއިލާހުގެ ރަސޫލާއަށް ކިޔަމަންތެރިކަން މަތީ ހަނގުރާމަކޮށް، އެއިލާހުގެ މަގުގައި އެގޮތުގައި ޖިހާދު ކުރުމެވެ. އަދި ސަލަފުން އެއެއްމަތީ ތިއްބެވި ތެދުވެރިކަމާއި ހެޔޮ އަޚްލާޤަށް މުސްލިމުތަކުންނަށް ދަޢުވަތު ދިނުމެއެވެ. އެހެނީ ހަމަކަށަވަރުން މިއީ އެއަކާއިގެން ﷲ އެއިލާހުގެ ރަސޫލުން ފޮނުއްވަވައި އެއަކާއިގެން އެއިލާހުގެ ފޮތްތައް ބާއްވައިލެއްވި، އިސްލާމް ކަމުގެ އެންމެ މަތިވެރި އަސާސުތަކުވެ ތެރެއިން ހިމެނިގެންވާ އަދި އީމާން ކަމުގެ އެންމެ ވަރުގަދަ ބިންގަލުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. އެއިލާހުގެ އަޅުތަކުންނަށް ޖުމްލަކޮށް އެކަތިގަނޑަކަށްވުމަށް އަމުރު ކުރައްވައި، ބައިބައިވެ އިޚްތިލާފުވުން އެއިލާހު ނަހީކުރެއްވިއެވެ. އެއިލާހު تعالى ވަޙީ ކުރެއްވި ފަދައިންނެވެ: {أَنۡ أَقِيمُواْ ٱلدِّينَ وَلَا تَتَفَرَّقُواْ فِيهِۚ} ”(އެ وصية އަކީ) ތިޔަބައިމީހުން دين قائم ކުރާށެވެ! އަދި އޭގައި ތިޔަބައިމީހުން ބައިބައިނުވާހުށިކަމެވެ!“⁽¹⁾ އަދި އެއިލާހު تعالى ވަޙީކުރެއްވިއެވެ: {وَلَا تَكُونُواْ كَٱلَّذِينَ تَفَرَّقُواْ وَٱخۡتَلَفُواْ مِنۢ بَعۡدِ مَا جَآءَهُمُ ٱلۡبَيِّنَٰتُۚ} ”ފާޅުވެގެންވާ ހެކިތައް އެއުރެންނަށް އައުމަށްފަހު، ވަކިވަކިވެ خلاف ވީ މީހުން ފަދައިން، ތިޔަބައިމީހުން ނުވާށެވެ!“⁽²⁾ އަދި އެއިލާހު سبحانه ޚަބަރުދެއްވާފައިވަނީ އެންމެހާ ރަސޫލުން ވެސް އެއިލާހު ފޮނުއްވެވީ އިސްލާމް ދީނާއިގެން ކަމެވެ. އެއިލާހު تعالى ވަޙީ ކުރެއްވި ފަދައިންނެވެ: {مِّلَّةَ أَبِيكُمۡ إِبۡرَٰهِيمَۚ هُوَ سَمَّىٰكُمُ ٱلۡمُسۡلِمِينَ مِن قَبۡلُ...} ”ތިޔަބައިމީހުންގެ ބަފައިކަލުނަވި إبراهيم ގެފާނުގެ ملّة އަށް ތިޔަބައިމީހުން تبع ވާށެވެ! ކުރީގެ ފޮތްތަކުގައްޔާއި، މި قرآن ގައި ތިޔަބައިމީހުންނަށް مسلم ންގެ ނަން ދެއްވީ އެކަލާނގެއެވެ.“⁽³⁾ ❝
— شيخ الإسلام އިބްނު ތައިމިއްޔާ رحمه الله
(މުޚްތަޞިރް ފަތާވާ އަލްމިޞްރިއްޔާ ޞ. 496)
~ ގަލަންދާނު
-------------------
[1] الشورى: 13
[2] آل عمران : 105
[3] الحج : 78
➊
📌 ދިރާސާ: ޝިރުކު الطَّاعَة އާއި ފާފައިގެ ފަރަޤު ދެނެގަތުމަށް އަލިކަމުގެ ވޮށެއް
[1] އަޅުކަމުގެ ތަނބުތަށް
އިބްނުލް ޤައްޔިމް ވިދާޅުވިއެވެ: ”ރަހްމާނުވަންތަ އިލާހަށް އަޅުކަން އައްޛިލް ( الذل : އެބަހީ ޚުޝުއްވަތްތެރި، މަޑުމޮޅިވެ ނިކަމެތިވުން ) އެއިލާހަށް އަޅުކަން ކުރުމުގައި ހިމެނުމެވެ. މިއީ އަޅުކަމުގެ ބިންގާ އެއެއްގެ މައްޗަށް އޮންނަ ދެ ތަނބެވެ. އަދި މި ދެ ތަނބާއި ނުލައެއް އެއްވެޗް އަޅުކަމެއް ނުމެއެވެ.“
މީހެއްގެ ޢަމަލެއް ”އަޅުކަމެއް“ ގޮތުގައި ކަނޑައެޅުމަށް، އޭގައި ދެރުކުނެއް ހިމެނޭން ޖެހެއެވެ.
ހ. ފުރިހަމަ ( ކަމާލް ) ލޯތްބާއި
ށ. ފުރިހަމަ ( ކަމާލް ) ޛިއްލަތެވެ.
މީގެ މިޘާލަކީ ﷲ ނޫން ފަރާތަކަށް ދުޢާ ކުރާ މީހެކެވެ. އޭނާ އެވަނީ ﷲ އާއި އެހެންފަރާތެއް ( އަޅުކަމުގައި ) އަރައިހަމަ ( نِد ) ކުރުވާފައެވެ. އަދި އެހެންކަމުން ﷲ އަށް ލޯބިކުރާ ފަދައިން އެފަރާތައް ލޯބިކޮށް އޭގެ ކުރިމަތީ ނިކަމެތިވެފައެވެ.
ﷲ تَعَالى ވަޙީ ކުރައްވިއެވެ:
{وَمِنَ ٱلنَّاسِ مَن يَتَّخِذُ مِن دُونِ ٱللَّهِ أَندَادًا يُحِبُّونَهُمْ كَحُبِّ ٱللَّهِۖ وَٱلَّذِينَ ءَامَنُوٓا۟ أَشَدُّ حُبًّا لِّلَّهِۗ وَلَوْ يَرَى ٱلَّذِينَ ظَلَمُوٓا۟ إِذْ يَرَوْنَ ٱلْعَذَابَ أَنَّ ٱلْقُوَّةَ لِلَّهِ جَمِيعًا وَأَنَّ ٱللَّهَ شَدِيدُ ٱلْعَذَابِ}
”އަދި ﷲ އާއި އެއްހަމަ ( نِد ) ކުރާ ފަރާތް ތަކެއް ޚިޔާރު ކުރާ މީހުން، މީސްތަކުންގެ ތެރެއިންވެއެވެ. އެއުރެން އެފަރާތް ތަކަށް ﷲ އަށް ވެވޭ ލޯބިފަދައިން ލޯބިވެތެވެ. އަދި އީމާން ވެއްޖެ މީހުން ، ﷲ އަށް ކުރާލޯބި ވަރުގަދަވެގެން ވެއެވެ.“
ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ، މިއާޔަތުގައި މިވާ " نِد " — އެބަހީ : ﷲ އާއި އެއްހަމަ ކުރާ ފަރާތްތައް — މިއަށް އިޝާރާތް ކުރައްވަމުން ވިދާޅުވިއެވެ:
”ދެ ޞަހީޙް ގައި އިބްނު މަސްޢޫދު ގެ އަރިހުން އައިސްފައިވެއެވެ:
”އަހަރެން ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ.! އެންމެ ބޮޑުވެގެންވާ ފާފަ އަކީ ކޮބައިތޯއެވެ؟“ ޙަދީޡް ކުރެއްވިއެވެ: «أن تجعل لله نِدًّا، وهو خَلَقَكَ» ”ﷲ ތިބާ ޚަލްޤު ކުރެއްވީހިނދު، އެއިލާހު އާއި نِد އެއް ⁽¹⁾ ގެނެންގަތުމެވެ.“ ތިމަން ދެންނެވީމެވެ. ދެން ކޮން އެއްޗެއްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ: «ثم أن تقتل ولدك خَشْيَةَ أن يأكل معك» ”ތިބާގެ ކޮއްތުން ކާންދޭން ބިރުން ( ދަހިވެތިވެ ) ތިބާގެ ދަރި ޤަތުލުކުރުމެވެ.“ ތިމަންދެންނެވީމެވެ. ދެން ކޮންއެއްޗެތޯއެވެ.؟ ޙަދީޡް ކުރެއްވިއެވެ : «ثم أن تُزَانِي حَلِيْلَةَ جَارِكَ» ”ތިބާގެ އަވަށްޓެރިޔާގެ ބައިވެރިޔާ އާއި އެކު ޒިނޭ ކުރުމެވެ.“
[އިބްނު މަސްޢޫދު އިތުރަށް ވިދާޅުވިއެވެ] ”ދެން ﷲ تَعَالى މިކަން ކަށަވަރު ކުރައްވައި ބާއްވައި ލެއްވިއެވެ:
{وَٱلَّذِينَ لَا يَدْعُونَ مَعَ ٱللَّهِ إِلَٰهًا ءَاخَرَ وَلَا يَقْتُلُونَ ٱلنَّفْسَ ٱلَّتِى حَرَّمَ ٱللَّهُ إِلَّا بِٱلْحَقِّ وَلَا يَزْنُونَۚ..} — މި އާޔަތުގެ ނިޔަލަށް.
”( އެއުރެންނީ ) ﷲ އާއި އެކު އެހެން އިލާހަކަށް ދުޢާކޮށް ނުގޮވާ މީހުންނެވެ. އަދި ﷲ ހުރުމަތް ކުރެއްވި ނަފްސެއް ޤަތުލު ނުކުރާމީހުންނެވެ. އެހެނަސް ހައްޤަކާއިލައިގެން މެނުވީއެވެ. އަދި ޒިނޭ ނުކުރާމީހުންނެވެ...“⁽²⁾
އެހެން ކަމުން، ﷲ އާއި ނިއްދެއް ( އެއްހަމަ ފަރާތެއް ) ގެނެސް ގަންނަމީހާ، ﷲ އަށް ލޯބި ކުރާ ފަދައިން އެއަށް ލޯބިކުރެއެވެ. އޭނާ ހިމެނެނީ ﷲ ނޫން ފަރާތަކަށް ދުޢާކުރާ މީހުން ތެރެއިންނެވެ. އަދި މިއީ ބޮޑު ޝިރުކުގެ ތެރެއިންވާ ކަމެކެވެ.“ اهــ ⁽³⁾
އެހެންމީހެއް ކުރިމަތީގައި މީހަކު ނިކަމެތިވެ ހުރެދާނެއެވެ. އެހެނަސް އޭނާ އެމީހާއަށް ލޯތްބެއް ނުކުރެއެވެ. އެހެންކަމުން އެފަރާތަށް އޭނާ މަޑުމޮޅިވެ ހުންނަ ހުރުމަކީ އަޅުކަމެއް ކަމުގައި ނުބެލެވެއެވެ. ހަމަ މިބީދާއިން މީހަކު އެއްޗަކަށް ނޫނީ އެހެންމީހަކަށް ލޯބި ކޮށްފާނެއެވެ. އެހެނަސް އެއެއްކުރިމަތީ މަޑުމޮވިއެއްނުވެއެވެ. ( ނިކަމެތިކަމާއިއެކު الذل އެއް ނުވެއެވެ). އެހެން ކަމުން މީނާގެ މިލޯތްބަކީ ( އަޅުކަމެއް ) ކަމުގައި ކަނޑައެއްނޭޅެއެވެ.
___________
⁽¹⁾ އެބަހީ، އެއިލާހު އާއި ޝަރީކު ކުރާނޭ ބައިވެރިއެއް، " އެއްހަމަ" ކޮށް އަޅުކަން ރައްދު ކުރާނޭ ފަރާތެއް ނެގުމެވެ.
⁽²⁾ އަލްބުޚާރީ (4761) އަދި މުސްލިމް (86b) އަދި އެނޫން ބޭކަލުން
مجموع فتاوى 145/18
➀
📌 ޛުލް ޙިއްޖާ މަހުގެ ތަކްބީރު ތަކާއި ބެހޭ ފިޤުހުގެ މައްޗަށް ޚުލާޞާ
(އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އަލްޚުޟައިރް)
އަބޫ ޢުބައިދާ ބުނު ޢަބްދު ﷲ ބުނު މަސްޢޫދު رحمه الله ވިދާޅުވިއެވެ:
”މަގެއް މަތީ މީހަކު އިށީނދެ، އޭނާ އަތުގައި ދީނާރުގެ ގޯންޏެއް އޮވެމެ، އޭނާ ހުރަސް ކުރާ ކޮންމެ މީހަކަށް އެއިން ދީނާރެއް ދޭނަމަ، އަދި އޭނާ އާއި ވިދިގެން ހުރި އެނޫން މީހެއް، ﷲ تَعالَى އަށް ތަކްބީރު ކިޔާނަމަ، ފަހެ ތަކްބީރު ކިޔާ ފަރުދު އަޖުރުގެ ގޮތުން ބޮޑުވެގެން ވެއެވެ.“
(މިއަޘަރު) ރިވާކުރެއްވީ ޢަބޫ ނުޢައިމް، އެކަލޭގެފާނުގެ ޙިލްޔަތު ގައެވެ. އެއީ ޞައްޙަ ސަނަދަކުންނެވެ.
ތަކްބީރު ކިޔުމުގެ ވައްޓަފާޅި:
ފަހެ ނަބިއްޔު ﷺ އަރިހުން ވަކި މުޢައްޔިނު ގޮތެއްގައި ތަކްބީރު ކިޔުމުގެ ވައްޓަފާޅިއެއް ޘާބިތުކޮށް ވާރިދުވެފައި ނުވެއެވެ. އަދި ވާރިދުވެފައިވަނީ އެކަލޭގެފާނުގެ ބައެއް އަޞްޙާބުން رضي الله عنهم އަރިހުންނެވެ. އަދި އޭގެން އެންމެ ޞައްޙަ ގޮތްތައް އަހަރެމެން ކުރިޔަށް ގެނެސް ދޭނަމެވެ.
ތަކްބީރު އަޑު ހަރުކޮށް ކިޔުން ޝަރުޢު ވެގެންވުން:
އަލްބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި މުޢައްލަޤުކޮށް (ސަނަދު އެއްކޮށް ނުލިޔުއްވައި) ރިވާކުރެއްވިއެވެ:
”ޛުލް ޙިއްޖާ މަހުގެ ދިހަ ދުވަހު ތެރޭ އިބްނު ޢުމަރު އާއި އަބޫ ހުރައިރާ ބާޒާރު މައްޗަށް ނިކުމެވަޑައިގެން ތަކްބީރު ވިދާޅުވެތެވެ. އަދި އެދެބޭކަލުންގެ ތަކްބީރާއި އެކު މީސްތަކުންވެސް ތަކްބީރު ކިޔަތެވެ.“
އިބްނު ރަޖަބް ވިދާޅުވިއެވެ: މިއީ އިބްނު ޢުމަރު އާއި އަބޫ ހުރައިރާ އަރިހުން މުޖާހިދު އަރިހުން ޙުމައިދު އަރިހުން ސަލާމް އަބުލް މުންޛިރު ގެ ރިވާޔަތް ތަކުގެ ތެރެއިން އެއްޗެކެވެ.
އަހަރެން (އަލްޚުޟައިރު) ބުނަމެވެ: އޭގެ ސަނަދަކީ މައްކީ ޞައްޙަ ސަނަދެކެވެ.
ފުރަތަމަ ވައްޓަފާޅި:
އަބުލް އަޙްވަޞް އަރިހުން ރިވާވެގެން ވެއެވެ: ވިދާޅުވިއެވެ: ޢަބްދު ﷲ ބުނު މަސްޢޫދު رضي الله عنه ވިދާޅުވެ އުޅުއްވިއެވެ: اللهٌ أَكْبَرُ، اللهٌ أَكْبَرُ، لَا إِلَه إِلَّا الله، وَاللهُ أَكْبَرُ، اللهٌ أَكْبَرُ، وَلله الحَمْدُ
ރިވާކުރެއްވީ އިބްނު އަބީ ޝައިބާ ޞައްޙަ ކޫފިއްޔަ ސަނަދަކުން ނެވެ.
ދެވަނަ ވައްޓަފާޅި:
އަބޫ ޢުޘްމާނުއް ނަހްދީ އަރިހުން ތިވާވެގެންވެއެވެ. ވިދާޅުވިއެވެ: ސަލްމާނުލް ފާރިސީ رضي الله عنه އަހަރެމެންނަށް ތަކްބީރު އުނގަންނަވައި ދެއްވައި އުޅުއްވިއެވެ. ވިދާޅުވެތެވެ:
ތަކްބީރު ގޮވާށެވެ: اللهٌ أَكْبَرُ، اللهٌ أَكْبَرُ كَبِيراًً ނުވަތަ ވިދާޅުވެއޭ ތަކްބީރަށް: اللّهُم أَنْتَ أَعْلَى وأَجَلُّ
ރިވާކުރެއްވީ އަލްބައިހަޤީ އެވެ. އަދި އަލްޙާފިޠު އޭގެ ސަނަދު ޞައްޙަ ކުރެއްވިއެވެ.
އަހަރެން ބުނަމެވެ: އޭގެ (ސަނަދުގެ) ރާވީން ނަކީ ޘިއްޤާ ބޭކަލުންނެވެ. އަދި އޭގެ ސަނަދު ވަރުގަދަ އެވެ.
ތިންވަނަ ވައްޓަފާޅި:
ޢިކްރިމާ އަރިހުން އިބްނު ޢައްބާސް رضي الله عنهما އަރިހުން، އެކަލޭގެފާނު ވިދާޅުވެތޭ:
اللهٌ أَكْبَرُ كَبِيراًً، اللهٌ أَكْبَرُ كَبِيراًً، اللهٌ أَكْبَرُ، وَأَجَلُّ اللهٌ أَكْبَرُ، وَلِلهِ الحَمْدُ
ރިވާކުރެއްވީ އިބްނުލް މުންޛިރު "އަލްއަޥްސަޠު" ގައެވެ. އަދި އަލްބައިޙަޤީ އެވެ. އެއީ އަޅައިގަތުމެއް ނެތް ރަނގަޅު ބަޞަރީ ސަނަދަކުންނެވެ.
ނަބިއްޔު ﷺ ނަމާދުން އަވަދިވެވަޑައިގެން ތަކްބީރު ކިޔުއްވިކަމަށް ޙަދީޘެއް ވާރިދުވެފައި ނުވެއެވެ. އެކަން ޘާބިތުވެފައިވަނީ އަޞްޙާބު ބޭކަލުން رضي الله عنهم އަރިހުން ނެވެ.
އިމާމް އަލްބުޚާރީ އިޚްތިޔާރު ކުރެއްވި ގޮތް ކަމަށް ފާޅުވަނީ، މުޤައްޔަދު ތަކްބީރު (އެއީ ޢަރަފާތް ދުވަހުގެ ފަތިސް ނަމާދުން އައްޔާމުއް ތަޝްރީޤުގެ ފަހު ދުވަހުގެ އަޞްރު ނަމާދާއި ހަމަޔަށް، ކޮންމެ ނަމާދެއް ސަލާމް ދިނުމަށްފަހު — ކޮންމެ ފަރުދެއް އަމިއްލަޔަށް — ކިޔާ ތަކްބީރު) އެކަލޭގެފާނު ކަނޑަ ނުއަޅުއްވަކަމެވެ. އަދި އެކަލޭގެފާނު ޞަޙީޙު ގައި ބާބު ކަނޑައަޅުއްވާފައިވާ ގޮތުން ފާޅުވަނީ، ތަކްބީރު ވަނީ މުޠްލަޤު ކޮށް ކަމެވެ. (އެއީ ޛުލް ޙިއްޖާ ދިހަ ދުވަހާއި އައްޔާމުއް ތަޝްރީޤު ގެ ފަހު ދުވަހުގެ އިރު އޮއްސުމާއި ހަމަޔަށް ވަކި ޚާއްޞަ އަދަދަކާއި ދަނޑިވަޅެއް ނެތި ކިޔޭ ތަކްބީރެވެ.)
والله وأعلم.
އަލްމަރްވަޒީ، މައިމޫނު ބުނު މިހްރާން އަރިހުން ރިވާކުރެއްވިއެވެ. ވިދާޅުވިއެވެ: ”މީސްތަކުން (ޛުލް ޙިއްޖާ) ދިހަ ދުވަހުގައި ތަކްބީރު ކިޔުމުގައި ވަނިކޮށް އަހަރެންނަށް ފެނުނެވެ. އޭގެ ގިނަގުނަ ކަމުން (އެއަޑުތަކަކީ) ރާޅުބާނީ ތަކެއް ގޮތުގައި އަހަރެންނަށް ސިފަ ވެގެންދިޔައެވެ.“ އަދިވެސް ވިދާޅުވިއެވެ: ތަކްބީރު ކިޔުން ދޫކޮށް މީސްތަކުން ވަނީ މިހާރު (މިކަމުގައި) ހީނަރުވެފައެވެ.“
(މި އަޘަރު) ޛިކުރު ކުރެއްވީ އަލްޙާފިޠު އިބްނު ރަޖަބް "ފަތުޙުލް ބާރީ" ގައެވެ.
=
📚 މައްޔިތެއްގެ މައްޗަށް ޚާއްޞަ ކުރައްވައި އުޟްޙިޔާ ކުރެއްވި ކަމަށް ނަބިއްޔާ ﷺ އަރިހުން ޘާބިތެއް ނޫނެވެ. އެހެނީ އެކަލޭގެފާނުގެ ބޮޑުބޭބެ ޙަމްޛާ ބުނު ޢަބްދުލް މުއްޠަލިބު އަށް އަދި އަނބިކަނބަލުން ޚަދީޖާ ގެ ފަރާތަކުން ވެސް ގުރުބާނީ އެއް ނުކުރައްވައެވެ. އަދި އެކަލޭގެފާނުގެ ޙަޔާތުގައި ނިޔާވެފައިވާ ދަރިޔަކަށް ޓަކައި ވެސް އެވެ. އެއީ މީސްތަކުންގެ ތެރެއިން އެކަލޭގެފާނަށް އެންމެ ލޮބުވެތި މީހުންނެވެ.
އަދި އެހެނަސް އެކަލޭގެފަނުގެ އުޟްޙިޔާ ކުރެއްވީ ގޭގެ އަހުލުންނާއި އެކަލޭގެފަނުގެ އުއްމަތުގެ މައްޗަށެވެ.
އެހެނަސް، މައްޔިތެއްގެ ވަޞިއްޔަތެއް ވާނަމަ، އޭނާ އަށް އެކަން ކޮށް ދިނުން ވެއެވެ. އެއީ އުޟްޙިޔާ ނޫނީ އެހެން އެއްޗެއް ވިޔަސް އެވެ.
(ބަޔާން ވެވުނު އުޟްޙިޔާގެ ޙުކުމް ތައް ނެގިފައިވަނީ، ޝެއިޚް ޢަބްދުލް ޢަޒީޒް އަލްޚުޟައިރް އަރިހުން)
~ ގަލަންދާނު
🔻
އެންމެ މޮޅު އިތުރު އުޟްޙިޔާ އަކީ ފިރިހެން ޖަމަލެވެ. ދެން ގެރިޔެވެ. ދެން ކަންބަޅި އެކެވެ. އެއަށް ފަހު، ބައިވެރި ވެވޭ ގޮތުގައި ކަތިކެވޭ ޖަމަލު ނޫނީ ގެރިއެވެ. މިއީ އިތުރުއެކަލޭގެފާނުން ﷺ ގެ ޙަދީޘް ފުޅު: «مَن... راحَ في الساعةِ الأولى ، فكأنما قرَّبَ بدنَةً ...» އަށް ބަލައެވެ. (ފުރަތަމަ ވަޤުތު ގައި ގޮސްފި މީހަކީ ފިރިހެން ޖަމަލެއް ގުރުބާން ކުރި މީހެއްފަދައެވެ... )
މިއީ: އަބޫ ޙަނީފާ އާއި، އައްޝާފިޢީ އާއި އަޙްމަދު ގެ ބަސްފުޅެވެ.
މާލިކް ވިދާޅުވަނީ: އެންމެ މޮޅު އިތުރީ ފިރިހެން ކަންބަޅިއެއް ކަމެވެ. އެހެނީ ނަބިއްޔު ﷺ ދެ ފިރިހެން ކަންބަޅި ގުރުބާން ކުރެއްވިއެވެ.
އެހެނަސް ބުނެވެއެވެ: އެންމެ މޮޅު އިތުރު އެއްޗެއް ނަބިއްޔު ޚިޔާރު ނުކުރެއްވީ އުއްމަތަށް މަޑުމޮޅިވެލައްވައެވެ. މިކަމުގައި އެވެރިންނަށް ފަސޭހަ ކުރެއްވުމަށެވެ.
އިތުރު ތަފްޞީލަށް (މިފަތުވާ)
~ ގަލަންދާނު
ހަމަކަށަވަރުން އިސްލާމް ކަން އަނިޔާ ވެރިޔަކަށް ނަޞްރު ވެރިވުން ޙަރާމް ކުޅައެވެ. އެހެންކަމުން މާތް ޙަދީޘް ފުޅެއްގައި ވެއެވެ:
(انصر أخاك ظالماً أو مظلوماً. قيل: يا رسول الله... فكيف أنصره ظالماً؟ قال عليه الصلاة والسلام: تمنعه من الظلم فذاك نصرك إياه)
”އަނިޔާވެރިއެއްކަމުގައި އޭނާވާ ވިޔަސް ނޫނީ އަނިޔާ ލިބޭ މީހެއްކަމުގައި އޭނާ ވިޔަސް، ތިބާގެ އަޚާއަށް ނަޞްރުވެރި ވާށެވެ.“ ދެންނެވުނެވެ: ”...އެހެނަސް އަނިޔާވެރިވާ މީހަކަށް ނަޞްރުވެރިވާނީ ކިހިނަކުންތޯއެވެ؟“ ޙަދީޘްކުރެއްވިއެވެ: ”އަނިޔާވެރިވުމުން އޭނާ މަނާކުރާނީއެވެ. އެއީ އޭނާއަށް ލިބޭ ނަޞްރެކެވެ.“[8]
ޙަނީފް ވަންތަ ދީން މިވަނީ ބާޠިލުގައި އެބައެއްގެ ޤަބީލާއަށް ވާގިވެރިވުން ދުރުކޮށްލާފައެވެ. އަދި މި ޢަމަލަކީ މުޑުދާރު ޢަމަލެއް ގޮތުގައި ސިފަކުރައްވައި އެއާއި ދެކޮޅަށް ވަރުގަދަ އަޘަރެއް ސިފަކުރުވިއެވެ. ﷲ ގެ ރަސޫލު صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ: (مَثلُ الذي يُعينُ عَشيرَتَه على غيرِ الحقِّ، مَثلُ البَعيرِ رُدِّيَ في بِئرٍ، فهو يمُدُّ بذَنَبِه)
”އެމީހެއްގެ ޤަބީލާއަށް ޙައްޤު ނޫން ކަމެއްގައި ވާގިވެރި ވެއްޖެ މީހެއްގެ މިޘާލަކީ، ވަޅަކަށް ވެއްޓުނު ޖަމަލެއް އޭގެ ނިގުލުގައި ހިފައި ނެގުމުގެ މިޘާލެވެ.“[9]
____
* މި ޅެމުގެ އަޞްލު ނެގިފައިވަނީ ”ދިވެހި ސަރިންދާ“ އިން
[1] انظر السيرة النبوية لابن هشام 1/315.
[2] المصدر السابق 1/635.
[3] المصدر السابق 1/292.
[4] مختصر السيرة النبوية، الشيخ محمد بن عبد الوهاب، ص 68-69.
[5] القصيدة: في السيرة النبوية لابن هشام 1/272-280 (وفي طبقات فحول الشعراء ص 244 جزء 1 البيت الثاني من هذه الأبيات).
[6] وردت (بسنة) في رواية أخرى.
[7] تاريخ الإسلام السياسي: 1 / 65 د. حسن إبراهيم حسن.
[8] حديث متفق عليه.
[9] مسند الإمام أحمد 1 / 401 وفي مسند أبي داود: 7 / 17 مختصر المنذري. وقد سكت عنه المنذري.
~ ފުރަތަމަ ބައި ނިމުނީ ~
•••
އަލްބުހޫތީ ވިދާޅުވިއެވެ:
❞ ⌝ޢިލްމުވެރީންގެ⌜ ދެބަސްވުމެއް ނެތް ގޮތުގައި، ހުކުރު ނަމާދުގެ އާޚިރު ވަޤުތަކަކީ، މެންދުރު ނަމާދުގެ އާޚިރުވަޤުތެވެ.❝ اهـ. ”ކައްޝާފުލް ޤިނާޢި“ (2/28)
އަހަރެން ބުނަމެވެ: ވީމާ އިރުމެދުން ވީއްލުމަށްފަހު، މެންދުރު ވަޤުތު އަވަދިނުވަނީސް ހުކުރުކޮށްފި މީހާ، ވަޤުތުން ބޭރުވެއްޖެކަމަށް ބުނުމީ އިޖުމާޢުއާ ޚިލާފުވުމެކެވެ.
ފަހެ އެނަމާދުގެ ވަޤުތަކީ މެންދުރުނަމާދު ވަޤުތުކަމާއި އިރުމެދުން ނެއްޓުމަށް ފަހުގައި ކަމުގެ މައްޗަށް އިޖުމާޢު ގެންނެވި ބޭކަލުންގެ ތެރޭ: އިބްނުލް މުންޛިރު⁽¹⁾ އާއި، އިބްނު ޢަބްދުލް ބައްރު⁽²⁾ އާއި، އިބްނުލް ޢަރަބީ⁽³⁾ އާއި، އިބްނު ޤުދާމާ⁽⁴⁾ އާއި އައްޒައިލަޢިޔު⁽⁵⁾ އަދި އައްޒަރްކަޝިއްޔު⁽⁶⁾ ހިމެނިވަޑައިގަންނަވައެވެ.
އިބްނު ޢަބްދުލް ބައްރު ވިދާޅުވިއެވެ: ”މެންދުރު ނަމާދުގެ ވަޤުތުގެ ތެރޭގައި ⌝ހުކުރު⌜ ކޮށްފިނަމަ، އެނަމާދުގެ ވަޤުތުގައި އެނަމާދު އަދައުކޮށްފި ކަމުގެ މައްޗަށް އެއުރެން (އެބަހީ: ޢިލްމުވެރިން) އިޖުމާޢުވެލެއްވިއެވެ.“
~ގަލަންދާނު
--------
(1) الأوسط 3/48
(2) التمهيد 8/73
(3) عارضة الأحوذي 2/292
(4) المغني 2/219
(5) تبيين الحقائق 1/219
(6) شرح الزركشي على مختصر الخرقي 2/164
ޝެއިޚް ޢަބްދު الله އައްސަޢްދު ވިދާޅުވި އެވެ:
"ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔެވުމަށް ވާ ރިވާޔަތަކީ ހުޝައިމް ފަރާތުން އައިސްފައިވާ ރިވާޔަތެކެވެ.
އަދި ސުފްޔާން އާއި ޝުޢުބާ އަރިހުން "ހުކުރު ދުވަސް" ކަމަށް ނަން ނުގެނެވި އައިސްފައި ވެއެވެ. މި އިތުރުވެފައިވާ ތަން ކޮޅު (ހުކުރު ދުވަސް ކަމަށް ބުނެވުން) މީގައި (ރިވާޔަތުގައި) ބަލިކަށި ކަމެއް ވެއެވެ. އަދި ގިނަ ބައިގަނޑު ރިވާ ކުރި ގޮތް (ހުކުރު ދުވަހަށް ޚާއްސަ ނުކޮށް) މިއީ ބޮޑަށް ޞައްޙަ ގޮތެވެ.
އެހެނަސް ބަޔެއް މީހުންނަށް، މިކަން އެންގުމުން ކަހަފު ސޫރަތް ކިޔެވުން ދޫކޮއްލައި، ހުކުރު ދުވަހަކުވެސް ނޫނީ އެނޫން ދުވަހަކުވެސް އެކިޔެވުމަށް ނޫޅެ އެވެ. އަދި ފަހެ، ހުކުރު ދުވަހު އެ ކިޔެވުމުގައި މައްސަލަޔެއް ނެތެވެ. އެއީ ދެ ހެޔޮކަން އޭގައި އެއްކުރާ ގޮތުގަ އެވެ.
~ ގަލަންދާނު
ނޯޓް: ކަހަފު ސޫރަތާއި ބެހޭ ރިވާޔަތް ތަކާއި އޭގެ ތަފްޞީލް އަށް (މިޕޯސްޓް)
①
📌 ދާރުލް ކުފުރުގައި ހުކުރު ފަރުޟު ނުވާ ކަމަށް ދެކެވޭ ބަޙުޘަށް ކުޑަ ނަޒަރެއް
❞ ސުވާލު: السلام عليكم. މުސްލިމުންނަށް އެއްވެސް ބާރެއް ނެތް ދާރުލް ކުފުރުގައި ހުކުރު ނަމާދު ޤާއިމުކުރުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟
ޖަވާބު: وعليكم السلام. ނަމާދު ފަރުޟުވެގެންވާ 2 މުސްލިމެއް ތިބެއްޖެ ނަމަ، ހުކުރު ނަމާދު ކުރުން އެބަޔަކަށް ވާޖިބުވެގެންވެއެވެ.
ސުވާލު: ޝައިޚްއަށް ހެކިތަކާއެކު ކުޑަކޮށް ބަޔާންކޮށްދެވިދާނެތޯ؟ މައްކާގައި ތިއްބެވިއިރު ނަބިއްޔާ صلي الله عليه وسلم ހުކުރުނަމާދު ނުކުރެއްވި ކަމަށާއި އޭރު މުޞްޢަބު ބިން ޢުމައިރު رضي الله عنه މަދީނާގައި އިމާމްވެ ހުކުރު ކުރެއްވިކަން އަޅުގަނޑުވަނީ ކިޔާފައި. جزاك الله خيرا
ޖަވާބު: ބިރުވެރިކަމެއް އޮތްނަމަ އެކަމުގެ ސަބަބުން ޙުކުމް ބަދަލުވެދާނެއެވެ. އެއީ ދާރުލްކުފްރު އާއި ދާރުލް އިސްލާމް އާއި އެއްވެސް ގުޅުމެއްނެތް ކަމެކެވެ.
މިޒަމާނުގައި މިބަހުޘް ގައި އުޅޭ ގިނަ މީހުންނަކީ އެމީހުން އެކަނި ތައުހީދުގައި ތިބި ކަމަށް ޤަބޫލު ކުރާ ހަރުކަށި ފިކުރުގެ މީހުންނެވެ.
ސުވާލު: މަދީނާގައި އިމާމްވެ ހުކުރު ކުރުމަށް މުޞްޢަބު ބިން ޢުމައިރު رضي الله عنه އަށް އަމުރު ކުރެއްވިއިރު ނަބިއްޔާ صلي الله عليه وسلم މައްކާގައި އެކަން ނުކުރެއްވި ކަމަށް ކުރެވޭ ބަޙުޘް އާއިމެދު ވިދާޅުވަނީ ކީކޭތޯ އެވެ؟ އަދި މައްކާގެ ދާރުލް އަރުޤަމްގައިވެސް އެކަން ނުކުރެއްވެވީ ކީއްވެގެންތޯއެވެ؟
ޝައިޚު: މުޞްޢަބަށް އެގޮތަށް އަމުރު ކުރެއްވި ކަމުގެ ދަލީލަކީ ކޮބައިތޯއެވެ؟
ސުވާލުކުރި ފަރާތް: އެއީ އަލްބައިހަޤީ (އަލްކުބްރާ 3/196) ގައި ޔޫނުސުގެ ރިވާޔަތްތަކުން ގެންނެވި ޒުހުރީގެ ރިވާޔަތާއި، ޢަބްދުއް ރައްޒާޤު (މުޞައްނަފް 3/160) މުޢައްމަރު އަރިހުން ގެންނެވި ޒުހުރީގެ ރިވާޔަތާއި، އިބްނު ޖުރައިޖު އަރިހުން ގެންނެވި ޢަޠާއު ގެ ރިވާޔަތާއި، އަލްއަޘްރަމް އިބްނު ޢުޔައިނާގެ ރިވާޔަތްތަކުން، އިބްނު ޖުރައިޖު އަރިހުން ގެންނެވި ރިވާޔަތްތަކާއި، އަޙްމަދު ގެންނެވި ރިވާޔަތް ތަކެކެވެ.⁽¹⁾
ޖަވާބު: މިއީ ބަލިކަށި ރިވާޔަތެކެވެ. މުޞްޢަބު ބިން ޢުމައިރު ހުކުރު ނަމާދު އިމާމްވެ ކުރެއްވިކަމަށް އައިސްފައިވަނީ ހަމައެކަނި ބަލާޣްގެ ސިފައިގައި އަޒްޒުޙްރީގެ ފަރާތުންނެވެ. އަބޫ މަސްޢޫދުލް އަންޞާރީއަށް މެދުނުކެނޑިވާ އިސްނާދަކާއި އެކު އެ ރިވާވެފައި ވެއެވެ. ނަމަވެސް އެ އައިސްފައިވާނީ އަޒްޒުޙުރީ ގެ މަގުން ބަލިކަށި ސަނަދަކުންނެވެ.
ދެވަނަ ކަމަކަށް: މިކަމުގައި ޘާބިތު ވެގެންވާ ވަނީ، ހިޖުރައިގެ ކުރިން މަދީނާގައި އެންމެ ފުރަތަމަ އިމާމުވެ ހުކުރު ކުރެއްވި ބޭފުޅަކީ އަސްޢަދު ބްނު ޒަރާރާ (އަބޫ އުމާމާ) ކަމެވެ.
ތިންވަނަ ކަމަކީ: ހަމައެފަދައިން، ހުކުރު ވާޖިބު ކުރެވުނު ވާހަކައެއް އޭގައި ނަންގަނެވިފައި ނުވެއެވެ. އެހެންކަމުން އަހަރެމެން ބުނަނީ އެއީ (އެވަގުތު) ޝަރުޢު ވެފައިވާ ކަމެކޭ އެހެނަސް ވާޖިބު ވެވިފައިވާ ކަމެއް ނޫނޭ އެވެ.
ހަތަރުވަނަ ކަމަކީ، ޝަރީޢަތުގެ އާޚިރު ނައްޞުތައް އައިސްފައިވަނީ ހުކުރާއި މެދު ޢާންމު އަމުރު ގައެވެ. ދާރުތަކަށް (އެބަހީ: އިސްލާމީ ނޫނީ ކުފުރުގެ ބިމަކަށް) ފަރަޤެއް ނެތިއެވެ.
ފަސްވަނަ ކަމަކީ: މައްކާގައި އެކަން ނުކުރެވުނު ސަބަބަކީ، އެއީ ކޮން ބާވަތެއްގެ ދާރެއް ކަމުގައި ވުމުގެ މައްޗަށް ކަމަށް އެއްވެސް ދަލީލެއް ނެތެވެ.
މި ބަޙުޘް އަކީ އިންތިހާއަށް ބަލިކަށި ބަޙުޘެކެވެ. އަދި އެންމެ މޮޅަށް ދެނެވޮޑިގެންވަނީ الله އެވެ.
-----------------------
[1] فتح الباري شرح صحيح البخاري لابن رجب - (8/66)
ނިޔަތަކީ ދަންނައެ، ހިތުގެ ގަސްދެވެ. އަދި އަޅުކަމުގެ އެއްވެސް ކަމެއްގައި ހިތުތެރޭ ވާއެއްޗެއް ދުލުން ކިޔުމެއް ނުވެއެވެ. ޝާފިޢީންގެ ބައެއް ބޭކަލުން ނަމާދުގައި ނިޔަތް ދުލުން ކިޔުން ޝަރުތުކޮށް އެކަލޭގެފާނު ބަސްފުޅު ނަޤުދު ކޮށްފައިވެއެވެ. އެހެނަސް އެބޭކަލުންގެ ތެރެއިން މުޙައްޤިޤުން (ތަހުގީގުކޮށް ބަލާ ހޯދާ) އެއީ ކުށެއް ކަމަށް ކަނޑައެޅުއްވިއެވެ. ފަހުގެ ފިޤުހުވެރިން ނަމާދުގައި ނިޔަތް ކިޔުމުގައި ތަފާތުވިއެވެ.
ފަހުގެ ފިޤުހުވެރިން ނަމާދުގައި ނިޔަތް ކިޔުމުގައި ތަފާތުވެވަޑައިގެންނެވިއެވެ. ބައެއް ބޭކަލުންނަށް އެކަން ކަމުދިޔައިރު، އަނެއްބައި ބޭކަލުން އެކަމަށް ނަފްރަތު ކުރުއްވިއެވެ.
جامع الحكم ص. 92
ރެފެރެންސް:
Islamqa fatwa no. 212323, 7989
http://library.islamweb.net/newlibrary/display_book.php?idfrom=9385&idto=9386&bk_no=52&ID=2849
މިހެން ކަމުން، އިބްނު ތައިމިއްޔާ ވިދާޅުވި ފަދައިން "ސަލަފުންގެ އާދަކާދަޔަކީ، ދެ ހެކިވެރީންވެސް އަދި ތެދުވެރިކަމުގެ (ގެރެންޓީ) ލިޔުމެއްވެސް ގެނައުމުގެ ބުރަ ނު އުފުއްލެވުމެވެ." އަދިވެސް މަޖްމޫޢު އަލްފަތާވާ (33/130) ގައި ވިދާޅުވި އެވެ: އެއްވެސް ޝައްކެއް ނުވާގޮތުން، އިއުލާނާއި އެކު ކުރެވޭ ކައިވެނި އޭގައި ދެ ހެކިވެރިން ނެތަސް ސައްހަ ވެގެން ވެ އެވެ. =
= އެހެނަސް (ފާޅުނުކޮށް) ސިއްރުވެރިކޮށް އަދި ހެކިވެރިވުން، މިކަމުގެ މައްޗަށް ނަޒަރު ހިންގަން ޖެހެ އެވެ. އެޔާއި ޚިލާފަށް ހެކިވެރިންނާއި އިއުލާނާއި މިދެކަން އެކުލެވިއްޖެނަމަ، މިކަމުގެ ސައްހަ ކަމުގެ މައްޗަށް އެއްވެސް ދެބަސްވުމެއް ނުވެ އެވެ. އަދި ހެކިވެރިވުންވެސް އަދި އިއުލާނެއްވެސް ނެތް ނަމަ، ޖުމްލަގޮތެއްގައި އެ ބާތިލުވެގެން ވެ އެވެ. އަދި މީގައި ޚިލާފެއް ވާނަމަ އެކަން ވަރަށް މަދެވެ. (އަލްފަތާވާ އަލްކުބްރާ، 3/191) އަދިވެސް ވިދާޅުވި އެވެ: "އެކަނބުލޭގެ ކައިވެނި ކުރީ ވަލީ އާއިވެސް ނުލާ އަދި ހެއްކަކާއިވެސް ނުލައި އަދި ކައިވެނި ސިއްރުކޮއްގެން ނަމަ، މި ކައިވެނި ވަނީ އެންމެހާ އިމާމުންގެ އިއްތިފާގުން ބާތިލުވެގެންނެވެ.
އަދި ކިޔެއް ހެއްޔެވެ. ޢިލްމުވެރިން ދެކިލައްވަނީ "ވަލީ އާއި ނުލައި ކައިވެންޏެއް ނުވާނޭ" ކަމުގަ އެވެ. (ޙަދީޘް އަށް ނިސްބަތް ކުރައްވައި). އަދި "ވަލީވެރިޔާގެ އިޒުނަ އާއި ނުލައި ކައިވެނި ކުރާ ކޮންމެ އަންހެނެއް ފަހެ، އެކަނބުލޭގެ ކައިވެނި ބާތިލެވެ. އެކަނބުލޭގެ ކައިވެނި ބާތިލެވެ. އެކަނބުލޭގެ ކައިވެނި ބާތިލެވެ." އަދި މި ދެ ޖުމްލަޔަކީވެސް ނަބިއްޔާ صلى الله عليه وسلم އަރިހުން ސުނަން ގައި ވާރިދުވެފައިވާ ރިވާޔަތްތަކެކެވެ.
އަދި ސަލަފުންގެ ތެރެއިން އެއް ބޭފުޅަކަށްވުރެ ގިނަ ބޭފުޅުން ވިދާޅުވެފައި ވެ އެވެ: ދެ ހެކިވެރިންނާއި ނުލައި ކައިވެންޏެއް ނުވެ އެވެ. މިއީ އަބޫ ޙަނިފާ އާއި އައްޝާފިޢީ އާއި އަޙްމަދު ގެ މަޒުހަބެވެ. އަދި މާލިކް ވާޖިބުކުރައްވަނީ ކައިވެނި އިއުލާނު ކުރުމެވެ. އަދި "ސިއްރު ކައިވެނި" އަކީ ހަށިވިއްކުމުގެ ކައިވެނީގެ ވައްތަރެކެވެ. (މަޖްމޫޢު އަލްފަތާވާ 32/102103)
އަދިވެސް ވިދާޅުވި އެވެ: ދެންފަހެ އެޔެއްގައި އެކަން ފޮރުވުމަށް އޭގެ ބައިވެރިން އެއްބަސްވާ "ސިއްރު ކައިވެނި" އަދި އެޔަށް އެކެއް ވެސް ހެކިނުވާ: ޢިލްމުވެރިންގެ އާންމު ރައުޔަކީ މި ބާތިލުވެގެން ވާ ކަމެވެ. އަދި މިކަން އަންނަނީ ފާހިޝް ޒިނޭގެ ވައްތަރެއްގެ ގޮތުގަ އެވެ.
ﷲ تعالى ވަޙީ ކުރެއްވި އެވެ:
(وَأُحِلَّ لَكُمْ مَا وَرَاءَ ذَلِكُمْ أَنْ تَبْتَغُوا بِأَمْوَالِكُمْ مُحْصِنِينَ غَيْرَ مُسَافِحِينَ)
އަދި އެމީހުން ފިޔަވައި (އެބަހީ މިބަޔާންވެދިޔަ މީހުން ފިޔަވައި) ދެންތިބި މީސްމީހުން އެމީހުންނަށް ކާވެނި ރަން އަދާކޮށް އެމީހުންނަށް އެދިގަތުން ކަލޭމެން ފިރިހެނުންނަށް حلال ވެގެންވެއެވެ. އެއީ އެކަނބަލުން عِفّة ތެރިވެ ޒިނޭ ނުކުރާމީހުންކަމުގައިވާ حال ގައެވެ. النساء/24 )
(މަޖްމޫޢު އަލްފަތާވާ 33/158)
އިބްނުލް ޤައްޔިމް ވިދާޅުވި އެވެ: "ޝަރުޢު ކުރައްވާ ފަރާތުން ވަނީ ކައިވެނީގެ އަޤުދުގެ އިތުރުން ހަތަރު ޝަރުތެއް ކަނޑަ އަޅުއްވާފަ އެވެ. އެއީ ފާހިޝް ޒިނޭ އެޔާއި ވައްތަރުކަން ނައްތާލެއްވުމަށް ޓަކައެވެ: އެއީ މިސާލަކަށް، އިއުލާން ކުރުމާއި، ވަލީ އާއި، އަންހެނާ އަމިއްލަޔަށް ކައިވެނި ވުން މަނާ ކުރެއްވުމާއި، އަދިވެސް، އެކަން ހަރުއަޑުން ފާޅުކުރުމެވެ. އެހެންކަމުން އެދެވިގެންވަނީ ދަފް ޖެހުމާއި (ކައިވެނީގެ މަދަހަތަކާއި އަޑުތަކުގެ) އަޑު އުފުލުމާއި، ވަލީމާ ބޭއްވުމެވެ. އެހެނީ މިކަމުން ފާހިޝް (ކައިވެނިން ބޭރުގެ) ގުޅުން ތަކަށް ވާ ޒަރިއްޔާތައް ކައިވެނީގެ ސިފާގައި ނައްތާލަ އެވެ. (އިޢުލާމް އަލްމުޥައްޤިޢީން 3/113)
ރެފެރެންސް: https://www.ahlalhdeeth.com/vb/showthread.php?t=181684
އިސްލާމް ކިއުއޭ (islamqa) ފަތުވާ ނަމްބަރުތައް 254835، 45663، 7989، 45513، 111797، 222086
#ކައިވެނީގެފިގުހު 1
އިބްނު ޤުދާމާ ވިދާޅުވިއެވެ: "(އާއިލީގޮތުން) ގަާތް ވަލީވެރިޔެއް ވަނިކޮށް، ދުރު ވަލީވެރިޔެއް އަންހެންމީހާގެ ކައިވެނި ކޮށް ދީފިނަމަ: ފަހެ މިކަމަށް އޭނާ އިޖާބަދިނީ (ގަާތް ވަލީވެރިޔާގެ) އިޒުނަޔާ ނުލައި ނަމަ ކައިވެނި ސައްހަ އެއް ނޫނެވެ. މިފަދައިން އައްޝާފިޢީ ވިދާޅުވިއެވެ.
އަދި މާލިކު ވިދާޅުވައެވެ: އެކަން ސައްހަ ވާނޭ ކަމަށެވެ. އެހެނީ މި (ދުރު) ވަލީވެރިޔާ އެކަނބުލޭގެ އިޒުނަޔާއި އެކު، ގައި ވަލީވެރިޔާ ފަދައިން ކުރެވިދާނެ ކަމަށެވެ.
އަހަރެމެން ދެކެނީ: ހައްޤުވެގެންވަނީ މެ (ވަލީވެރިންގެ ސިލްސިލާގައި) އިސްފަސް ނުކޮށް ހިފެހެއްޓުން ކަމުގަ އެވެ. އެހެން ކަމުން ގާތް މީހާ ހުރެފަ ދުރުމީހެއް ސާބިތެއް ނުވާނެ އެވެ. އެ އީ ވާރުތަ މުފްހަލުގައިވެސް ވާފަދައިންނެވެ.
ހަމަ މިފަދައިން ގާތް މީހާ އާއި ދުރުމީހާ ފަރަޤުވެގެން ވެ އެވެ."
" المغني " (7/364) ، وينظر: "الموسوعة الفقهية" (33/90).
އަލްބުހޫތީ ވިދާޅުވި އެވެ: އަދި ގާތް (ވަލީވެރިޔާގެ) އިޒުނަޔާއި ނުލައި، "ދުރު މީހެއް" ނޫނީ "ހިލޭ މީހެއް" އެ އީ (މުސްލިމުންގެ) ހާކިމެއް ކަމުގައިވިޔަސް ކައިވެނި ކޮށް ދީފިތަ، އެ ސައްހަ އެއް ވެގެންނެއް ނުވެ އެވެ. އެހެނީ އެ އަޤުދު ކޮށް ދޭ މީހާ ފުށުގައި (އެ ހާލު) އެ ކަނބުލޭގެ މައްޗަށް ވަލީވެރިކަން ނެތުމުން ނެވެ. އެއަށް ހައްޤުކަން ބޮޑު އެހެން ފަރާތެއް ވީތީ އެވެ. "الروض المربع" (336)
މިތާގައި ޝަރުޢީ އުޒުރަކީ، އޭނާ އަކީ ބޯ ހަމަނުޖެހޭ މީހެއް ކަމަށް ވުން، ނޫނީ ތަސައްރަފު ނުފުދުން، ނޫނީ (ބޮޑެތި ފާފައިގައި ދެމިހުންނަ) ފާސިޤަކަށް ވުން، ނޫނީ ދީނާ ދެކޮޅު މީހަކަށް ވުން، އަދި މިފަދަ ޝަރުޢީ ގޮތުން ސާބިތުވެވޭ ފަދަ އުޒުރެވެ. މި ފަދަ ހާލަތެއްގައި ޥަލީވެރިންގެ ތަރުތީބުގެ މަތިން ދުރު ވަލީވެރިޔަކަށް ކައިވެނީގެ ވަލީ އުފުލޭނެ އެވެ.
މި ނޫން ގޮތަކަށް ކުރެވޭ ކައިވެނި ސައްހަ އެއް ނުވާނެ އެވެ. އެހެން ކަމުން ﷲ އަށް މިކަން ކަމުގައި ބިރުވެތި ވުން ހުއްޓެވެ.
~ ގަލަންދާނު
🔻
”އަދި ޙައްޤު (ކަށަވަރީ) ޢިޖާބަ ވުމުގެ ވަޤުތަކީ ހުކުރު ދުވަހުގެ ޢަޞުރު ފަހުންވާ އެންމެ ފަހު ވަޤުތު ކަމެވެ. އެހެނީ، ޢަބްދު اللّٰه ބުނު ސަލާމް އަރިހުން ރިވާވެގެން ވެއެވެ: ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި އެވެ: (هي آخر ساعات النهار) ”އެއީ ދުވާލުގެ އެންމެ ފަހު ވަޤުތެވެ.“ އަދި މި ރިވާކުރެއްވީ އިބްނު މާޖާ، އަބުއް ނަޡްރު މެދުވެރިކޮށް، އަބޫ ސަލަމާ ފުށުން، ޢަބްދު اللّٰه ފުށުން، ނަބިއްޔާ ﷺ އަރިހުންނެވެ. އަދި އޭގެ އެންމެހާ ރާވީންނަކީ އިތުބާރުވެވިގެންވާ ބޭފުޅުން ތެރެއިން ބޭކަލުންނެވެ.“
~ އަލްޢުލްވާން
______________
މި މައުޟޫއުގެ ތަފްޞީލަށް (މިޕޯސްޓް) — ގަލަންދާާނު