qalandhar | Unsorted

Telegram-канал qalandhar - Galandān ގަލަންދާނު

1843

ޢިލްމު އަދި އެއަށް ލޯބިކުރާ ދަރިވަރުންނަށް Notes by, ibn Fahmī Dīdī عفا الله عنه Friends & family

Subscribe to a channel

Galandān ގަލަންދާނު

📌 ޒުހުދުވެރިކަމާއި ހިތުގެ ބައެއް ފަރުވާ

އައްޝާފިޢީ ވިދާޅުވިއެވެ: ”މީސްތަކުންގެ ތެރެއިން ޤަދަރުވެރިކަމުގައި އެންމެ މަތިވެރީ އެމީހެއްގެ ޤަދަރުވެރިކަން ނުދެކި ހުންނަ މީހާއެވެ. އަދި އެއުރެން ތެރެއިން ފަޟުލުވެރިކަން އެންމެ ގިނަވެގެންވަނީ، އެމީހެއްގެ ފަޟުލުވެރިކަން ނުދެކި ހުންނަ މީހާއެވެ.“ (سير أعلام النبلاء 10/99)

އިބްނުލް ޖަޥްޒީ: ”ހިތްތައް ލެއްވެވިފައިވަނީ އެއަށް ހެޔޮކޮށް ހިތާ ފަރާތަކަށް ލޯބިވާ ގޮތުގައެވެ. އެހެންކަމުގައި ވާހިނދު، ﷲ ނޫން އިޙްސާންތެރި ފަރާތެއް ވާކަމަށް ނުދެކޭ މީސްތަކުން ތެރޭ މީހެއް، އެކީ އެއްކޮށް އެއިލާހަށް ނުލެބި ވުމުގެ ޢަޖާއިބުކަމާއެވެ.“ (التبصرة 1/311)


އިތުރުއެކަލޭގެފާނުން ﷺ ޙަދީޘް ކުރެއްވިއެވެ: «كُنْ فِي الدُّنْيَا كَأَنَّكَ غَرِيبٌ» (މިދުނިޔެމަތީގައި ތިބާއަކީ ބީރައްޓެއްސެއްފަދައިން ވާށެވެ.) އަލްކަރްމާނީ ވިދާޅުވިއެވެ: «كَأَنَّكَ غَرِيبٌ» ”މިއީ އެތަކެއް ނަޞޭޙަތްތަކެއް ޖަމަޢުވެގެންވާ ބަސްފުޅެކެވެ. މީހުންތެރޭ އޭނާ ނޭގުމުގެ ސަބަބުން ބީރައްޓެހިވެއްޖެ މީހެއް ނަމަ، ޙަސަދަ އާއި ޢަދާވަތްތެރިކަމާއި، ރުޅިވެތިކަމާއި ނިފާޤުވެސް މަދުވާނެތެވެ.“ (عمدة القاري 23/50)

ޙަދީޘް: «ازْهَدْ فِي الدُّنْيَا يُحِبُّك اللهُ، وَازْهَدْ فِيمَا عِنْدَ النَّاسِ يُحِبُّك النَّاسُ»
”ތިބާ ދުނިޔެމަތީގައި ޒުހުދުވެރި⁽¹⁾ ވާށެވެ. އޭރުން ﷲ ތިބާދެކެ ލޯބިވެވޮޑިގަންނަވާނެއެވެ. އަދި މީސްތަކުންގެ އަތުގައިވާ ތަކެއްޗަށް ޒުހުދުވެރި ވާށެވެ. (އެދުމުން ދުރުހެލިވާށެވެ.) އޭރުން މީސްތަކުން ތިބާދެކެ ލޯބިވާނެއެވެ.“

”(މިރިވާޔަތް ޞައްޙަކަމުގައި) ޙަސަން އެވެ. އޭގައި މައްސަލައެއް ނެތެވެ. އަދި މިއީ އައްނަވަވީ ގެ ސާޅީސް ޙަދީޘް ގެތެރެއިންވާ ޙަދީޘެކެވެ. އަދި އޭގެ މާނައަކީ: ދުނިޔެއަށް ޒުހުދުވެރިވާށޭ، އެބަހީ: ﷲ ތިބާގެ މައްޗަށް ޙަރާމް ކުރެއްވި ތަކެތީންނެވެ. އަދި ތިބާ އާޚިރަތުގެ (ހަނދުމައިން) ދުރުކުރާ ތަކެތީންނެވެ. އަދި މިފަދައިން މީސްތަކުން ގާތު ވާ އެއްޗަކުންވެސް ޒުހުދުވެރި ވުމެވެ. ތިބާ އެކަމަކަށް ޟަރޫރަތް ޖެހި ޙާޖަތް ފުދޭ މިންވަރަށް މެނުވީ ނުއެދޭށެވެ.“ — އިބްނު ބާޒް


— އައްޝައިޚް އަލްމުޙައްދިޘް ޑރ. މާހިރް އަލްފަހްލު (ދުވަހުގެ ފައިދާ)

~ ގަލަންދާނު

______________

⁽¹⁾ ”ޒުހުދުގެ މާނަ އެކި ޢިލްމުވެރިންގެ ގާތުގައި ތަފާތުވެގެންވެއެވެ. މިގޮތުން ބައެއް ޢިލްމުވެރިންގެ ގާތުގައި ޒުހުދުގެމާނައަކީ ޙަސަދައާއި، ކިބުރުވެރިކަމާއި، ދަހިވެތިކަމުން ސަލާމަތްވެފައިވާ ހިތެއްގެ ވެރިޔަކަށް ވުމެވެ. އަދި ދުނިޔެވީ ޙަޔާތަކީ ވަޤުތީ ޙަޔާތެއްކަމާއިމެދު ޣާފިލުވެގެންނުވުމެވެ.“ (މަޞްދަރު)

Читать полностью…

Galandān ގަލަންދާނު

••
މިއީ ގާތް މުސްތަޤުބަލެއްގައި ޝާއިޢު ކުރުމަށް ގަސްދުކުރެވިފައިވާ ސިލްސިލާ "ފައިދާތައް" ، މިސިލްސިލާގެ 42 ވަނަ ފައިދާ. މިއީ އިބްނު ރަޖަބް رحمه الله ގެ "ޖާމިޢުލް ޢުލޫމި ވަލް ޙިކަމް" އޭ ނަންގަނެވުނު ފޮތުގެ ދަށުން ހޮވާލެވޭ މުތްތަކެއް. ދުޢާ އަކީ އެ ސިލްސިލާ ނިންމައި ޝާއިޢު ކުރުމުގެ ތަޥްފީޤު ﷲ މިންވަރު ކުރެއްވުން.

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

هل ترانا نلتقي ؟
އަހަރެމެން ބައްދަލުވާނޭކަމަށް ތިބާ ދެކެމުހެއްޔެވެ؟

Video [dhivehi subs] :

https://halturana.netlify.app/

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

”އުފާވެރިކަމުގެ ވިންދުތައް“ — ޢުމަރް އައްސަނަދީ

~ ގަލަންދާނު

🔻🔻

Читать полностью…

Galandān ގަލަންދާނު

🔻
މުޤައްޔަދު (ހިފެހެއްޓިފައިވާ) ތަކްބީރު: ހައްޖު ވެރީން ނޫން މީހުންނަށް ޢަރަފާތް ދުވަހުގެ ފަތިސް ނަމާދުން ފެށިގެން މިތަކްބީރު ކިޔުމުގެ ސުންނަތް ވަނީ ފެށިފައި.

• ކޮންމެ ނަމާދެއް ނިމި ޛިކުރު ތަސްބީޙައަށް ފަހު އަމިއްލަ ނަފްސަށް ތަކްބީރު ކިޔުން

• ތަކްބީރު ކިޔުމަށް ބޭނުން ކުރެވިދާނޭ ބަޔެއް ލަފުޒުތައް:

‏ހ.
(اللَّهُ أَكْبَرُ ، اللَّهُ أَكْبَرُ ،اللَّهُ أَكْبَرُ كَبِيرًا)

ށ.
‏ (اللَّهُ أَكْبَرُ ، اللَّهُ أَكْبَرُ ، لَا إلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ ، اللَّهُ أَكْبَرُ، وَلِلَّهِ الحَمْدُ)

ނ.
‏ (اللَّهُ أَكْبَرُ كَبِيرًا، اللَّهُ أَكْبَرُ كَبِيرًا، اللَّهُ أَكْبَرُ وأَجَلُّ، اللَّهُ أَكْبَرُ وَلِلَّهِ الحَمْدُ)

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

އެކަހެރި ޢަޒާބު

ހިމޭންކަމު ޢަޒާބުން ދެވޭތަދު މިވޭނުން
ޖަހާދުޅަ ލެޔާވުން ނެތޭވުން މިظلمން

ހިތާމައިން މަފޯވުން ނެތީއަދު ތިޔާރުން
ހަޅޭއްތޯ ލަވަންވީ އެހީއެއް ވިބޭނުން

ވަނީމާތް ތަވައްކަލް އިޖާބެއް ޔަޤީނުން
އުފާވުން ވެޞާބިރު ނިމޭމުއް ތަޤީނުން

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

📚 ”ޛުލް ޙިއްޖާ މަހުގެ ދިހަ ދުވަހުގެ ތެރޭ ޝަރުޢު ވެފައިވާ އަޅުކަންތައް، ދެ ބަޔަކަށް ބެހެއެވެ:

⓵ މި ދުވަސްތަކުގައި މެނުވީ ޝަރުޢުވެގެން ނުވާ ވަކި ޚާއްޞަ އަޅުކަން ތައް؛ ޙައްޖު އާއި އުޟްޙިޔާ އަދި — ވަކި ޚާއްޞަ ސިފަޔެއްގައި ކިޔޭ — ތަކްބީރު ފަދަ.

⓶ މި ދުވަސްތަކާއި އެހެނިހެން ދުވަސްތަކުގައިވެސް ޢާންމު ގޮތެއްގައި ޝަރުޢުވެގައިވާ އަޅުކަންތައް؛ (ސުންނަތް) ރޯދަ އާއި ނަމާދާއި އަދި އެންމެހާ ކުއްތަން ވުމުގެ ޢަމަލުތައް — އެހެނީ މިތަކެތި ވަނީ މިދުވަސް ތަކަށް (އޭގެ މޮޅު އިތުރުކަން) ކަށަވަރުވެފާއި.“

ޝެއިޚް ޢަބްދު الله އައްސަޣްދު

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

އިންފޮގްރެފިކްސް: ތަކްބީރު ކިޔުމުގެ ދަނޑިވަޅުތަކާއި އޭގެ ޞީޣާ

Читать полностью…

Galandān ގަލަންދާނު

”ހެޔޮ ޢަމަލުތައް“ (1)

 مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهِنَّ أَحَبُّ إِلَى اللَّهِ مِنْ هَذِهِ الْأَيَّامِ الْعَشْرِ
”މިދިހަ ދުވަހަށްވުރެ ، ހެޔޮ ޢަމަލުކުރުން މާތް الله ގެ ޙަޟްރަތަށް ލޮބުވެތިކަން ބޮޑު ދުވަސްތަކެއް ނުވެއެވެ.“ (ޙަދީޘް)

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

❗️
* އެންމެ ލަސްވެގެން ފަތިސް ވުމުގެ ކުރިން ޢަރަފާތް ދުވަހުގެ ރޯދައަށް ނިޔަތް ގަންނަންޖެހޭ ނެއެވެ. *

ނިޔަތް ނުގަނެވިއްޖެ މީހާ، އެދެވިގެންވަނީ ސުންނަތް ރޯދައެއް ގޮތުގައި ރޯދައަށް ދުވާލު ނިޔަތް ގަނެ ރޯދަ ހިފުމެވެ.

Читать полностью…

Galandān ގަލަންދާނު


📚 ތަކްބީރު ކިޔުމުގެ ވައްޓަފާޅި:

ރަސޫލު ﷺ އަރިހުން ތަކްބީރު ކިޔުމުގެ ވަކި ޚާއްޞަ ސިފަޔެއް ޘާބިތުވެފައި ނުވެއެވެ. އަދި އެކަން ޘާބިތުވެފައި ވަނީ އަޞްޙާބު ބޭކަލުން رضي الله عنهم އަރިހުން ތަފާތު ގޮތް ތަކަކަށެވެ:

‏• (اللَّهُ أَكْبَرُ ، اللَّهُ أَكْبَرُ ،اللَّهُ أَكْبَرُ كَبِيرًا)

‏• (اللَّهُ أَكْبَرُ ، اللَّهُ أَكْبَرُ ، لَا إلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ ، اللَّهُ أَكْبَرُ، وَلِلَّهِ الحَمْدُ)

‏• (اللَّهُ أَكْبَرُ كَبِيرًا، اللَّهُ أَكْبَرُ كَبِيرًا، اللَّهُ أَكْبَرُ وأَجَلُّ، اللَّهُ أَكْبَرُ وَلِلَّهِ الحَمْدُ)

– އަލްމުޙައްދިޘް، އައްޝެއިޚް ޢަބްދު الله އައްސަޢްދު

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު



އިބްނު ޢުމަރު رضي الله عنه އަރިހުން، ނަބިއްޔު ﷺ ޙަދީޘް ކުރެއްވި ކަމަށް ވާރިދުވެފައިވާ ޙަދީޘް:

مَا مِن أيَّامٍ أعظَمُ عِندَ اللهِ ولا أحَبُّ إليه مِن العَمَلِ فيهنَّ مِن هذه الأيَّامِ العَشرِ، فَأَكْثِرُوا فِيهِنَّ مِن التَّهليلِ وَالتَّكبيرِ وَالتَّحميدِ

”މި (ޛުލްޙިއްޖާ) ދިހަ ދުވަހަށްވުރެ މަތިވެރި އަދި އެއިލާހުގެ ޙަޟްރަތުގައި އެދުވަސްތަކަށްވުރެ ހެޔޮ ޢަމަލުތަކަށް ލޮބުވެތިގެންވާ އެހެން ދުވަސްތަކެއް ނުވެއެވެ. ފަހެ ތިޔަބައިމީހުން އެދުވަސްތަކުގައި ތަހްލީލު (لا إلَهَ إلاَّ الله) އާއި ތަކްބީރު (الله أكبر) އާއި ތަޙްމީދު (الحَمْدُ لِلّـهِ) ކިޔާހުށިކަމެވެ.“

ރިވާކުރެއްވީ އަޙްމަދު އަދި އެނޫން ބޭކަލުން ޟަޢީދު ސަނަދަކުންނެވެ. އޭގެ (ސަނަދު) ތެރޭ ޔަޒީދު ބުނު އަބީ ޒިޔާދު ހިމެނެއެވެ. އޭނާގެ ޟަޢީފު ކަމުގެ މައްޗަށް ފާޑުވިދާޅުވާ ބޭކަލުންގެ ބޮޑުބައެއް ވެއެވެ.

އަދި ޖާބިރު ބުނު ޢަބްދު ﷲ رضي الله عنه ގެ ޙަދީޘް، އެކަލޭގެފާނު ވިދާޅުވިޔޭ:ފަރުޟު ނަމާދުން ސަލާމް ދެއްވާހިނދު، ޢަރަފާތް ދުވަހުގެ ފަތިސް ނަމާދުން ފެށިގެން އައްޔާމުއް ތަޝްރީޤުގެ ފަހު ދުވަހުގެ ޢަޞްރު ނަމާދަށް ރަސޫލު ﷲ ﷺ ތަކްބީރު ކިޔުއްވަވައެވެ.

ރިވާކުރެއްވީ، އައްދާރަޤުޠުނީ އަދި އެނޫން ބޭކަލުންނެވެ. އަދި އޭގެ އިސްނާދު ބާޠިލެވެ. އޭގައިވާ ހަލާކަކީ ޖާބިރު ބުނު ޔަޒީދުލް ޖަޢުފީ އެވެ. އޭނާ އަކީ (ދޮގު ޙަދީޘް ހަދާާ ކަމަށް) ތުހުމަތުވެގެންވާ އޭނާ ފުށުން ޙަދީޘް ބަލައިނުގަނެވޭ މީހެކެވެ.


ނަމާދުން އަވަދިވުމާއިއެކު ވަޤުތުން ތަކްބީރު ކިޔުމުގެ ޙުކުމް

އަލްޙާފިޠު އިބްނު ރަޖަބް ވިދާޅުވިއެވެ: ޢިލްމުވެރިން ވަނީ ޖުމްލަގޮތެއްގައި މިދުވަސްތަކުގެ ނަމާދުގެ ފަހަތުގައި ތަކްބީރު ކިޔުން ޝަރުޢު ވެގެންވާ ކަމާއި މެދު އިއްތިފާޤު ވެލައްވާފައެވެ. އަދި ޞައްޙަ މަރުފޫޢު ޙަދީޘެއް މިކަމުގައި ނުވެއެވެ. އެހެނަސް އެކަމުގައި ވަނީ އަޞްޙާބު ބޭކަލުންނާއި އޭގެ ފަހުން ވަޑައިގަތް ބޭކަލުން ގެ އަރިހުން ވާރިދުވެފައިވާ އަޘަރުތަކެވެ. އަދި މުސްލިމުން އޭގެ މައްޗަށް ޢަމަލު ކުރެތެވެ. އަދި މިއީ، އުއްމަތް އެކަމެއް މައްޗަށް އިޖުމާޢުވެފައިވާ ބައެއް ކަންކަމީ، އަހަރެމެންނަށް އޭގެ މައްޗަށް ނަބިއްޔުު ﷺ އަރިހުން ޞަރީޙަ ނައްޞެއް ނަޤުލު ވެފައި ނުވާ އެއްޗެއް ކަމުގައި ވިޔަސް، އޭގެ މައްޗަށް ޢަމަލުވެވުން ވާ ކަމުގެ މައްޗަށް ދަލީލު ކޮށްދޭ ކަންކަމުގެ ތެރެއިން ކަމެކެވެ.


ޢިލްމުވެރިން ވަނީ ނަމާދަށްފަހު ތަކްބީރު ކިޔުންވަނީ ކޮން ދަނޑިވަޅެއްގައިތޯ އާއިމެދު ޚިލާފުވެލައްވާފައެވެ.

ހ. ސަލާމްދީ ވަޤުތުން ތަކްބީރު ކިޔުން، އަދި އެއީ އިސްތިޣުފާރު ކުރުމުގެ ކުރިންނެވެ.

"އަލްއިންޞާފް" ގައި އަލްމަރްދާވީ މިއަށް އިޝާރާތް ކުރެއްވިއެވެ. ވިދާޅުވިއެވެެ: ”އިމާމު ތަކްބީރު ކިޔާނީ ސަލާމް ދޭހިނދު ޤިބުލަޔަށް ކުރިމަތިލައިގެން ހުރެއެވެ...“ އަދި ޙަންބަލީން ކުރެ އެފަދައިން ވިދާޅުވާ ބޭކަލުން ޛިކުރު ކުރެއްވިއެވެ: އެއީ "އަލްފުރޫޢު" ގައި އިބްނުލް ޤާސިމް، އަދި އިބްނު ރަޒީން އެކަލޭގެފާނުގެ ޝަރަޙާ ގައި އަދި އެއީ އަބޫ ބަކްރު އިޚްތިޔާރު ކުރެއްވި ގޮތެވެ.

ށ. އިސްތިޣްފާރަށް ފަހު ތަކްބީރު ކިޔުން، އެބަހީ (اللّهم أنت السّلام ومنْك السّلام...) މި ޤަޥްލަށް ފަހު އެވެ. އެހެނީ އެއީ ތަކްބީރަށް ވުރެ ނަމާދާއި ގުޅިފައިވާ އެއްޗެކެވެ. އަދި ނަމާދުން އަވަދިވުމާއިއެކު އެ ކިޔުމަކީ ސުންނަތެކެވެ. މިއީ ދެބޭކަލުން އިއްތިފާޤުވެލެެއްވި ކަމެކެވެ. (އެބަހީ އަލްބުޚާރީ އާއި މުސްލިމް ރިވާކުރައްވާފައިވާ ކަމެކެވެ.) އަދި ނަމާދު ވެރިޔާ ނަމާދުގައި ދެމިހުންނަ ފަދައިން ވުން ޙައްޤުވެގެންނެއް ނުވެއެވެ. އެހެނަސް އެއިން ވަކިވާން ޖެހެއެވެ. އަދި މިއީ އައްޝައިޚް މުޙައްމަދު ބުނު އިބްރާހީމް ގެ ޤަޥްލެވެ. އަދި އައްޝައިޚް މުޙައްމަދު ބުނުލް ޢުޘައިމީން ޚިޔާރު ކުރެއްވި ގޮތެވެ.


— އައްޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އަލްޚުޟައިރް (މަޞްދަރު)

~ ގަލަންދާން

Читать полностью…

Galandān ގަލަންދާނު

📌 ޛުލް ޙިއްޖާ މަހުގެ ތަކްބީރު ތަކާއި ބެހޭ ފިޤުހުގެ މައްޗަށް ޚުލާޞާ

(އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އަލްޚުޟައިރް)

~ ގަލަންދާން

🔻🔻

Читать полностью…

Galandān ގަލަންދާނު

➋  
އަދި އިބްނުލް މުންޛިރު، އިބްނު އަބީ ޙާތިމް އަރިހުން އިބްނު ޢައްބާސް އަރިހުން މިއާޔަތާއި މެދު ރިވާކުރެއްވިއެވެ: ”ﷲ ގެ ހިދާޔަތެއް، ބުރުހާނު ދަލީލެއް ނެތި އެމީހެއްގެ ދީން ނަގާ ކާފަރުގެ ވާހަކައެވެ.“

އިބްނު އަބީ ޝައިބާ އަދި އިބްނުލް މުންޛިރު އަދި އިބްނު އަބީ ޙާތިމް، އަލްޙަސަން ގާތުން ރިވާކުރެއްވިއެވެ: ”އޭނާގެ ހަވާ ނަފުސު އެއްޗަކަށް ނޭދެޔޭ ދެން އެޔަކަށް އޭނާ ތަބަޢުވާ ގޮތުގައި މެނުވީ“ މިއެވެ.

އަދި ޢަބްދު ބުނު ޙުމައިދު އާއި އިބްނު އަބީ ޙާތިމް، ޤަތާދާ އަރިހުން ރިވާކުރެއްވިއެވެ: ”އޭނާގެ ހަވާ ނަފުސު އެއްޗަކަށް އެދޭ އިރަށް އެޔަށް ސަވާރުވެއެވެ. އަދި ކަމަކަށް ޝަހުވަތްތެރިވާ އިރަށް އެއަށް ގާތްވެއެވެ. ވަރަޢަ ވެރިކަމެއް ވެސް ތަޤުވާވެރިކަމެއް ވެސް އޭނާ އެކަން ކަމުން ހުރަހެއް ނާޅުވައެވެ.“

ޢަބްދު ބުނު ޙުމައިދު، އަލްޙަސަން އަރިހުން ރިވާކުރެއްވިއެވެ: އެކަލޭގެފާނަށް ބުނެވުނެވެ: ޤިބުލައިގެ އަހުލުން ތެރޭ ޝިރުކު ވޭ ހެއްޔެވެ؟ ވިދާޅުވިއެވެ: ”އާއެކެވެ. މުނާފިޤަކީ މުޝްރިކެކެވެ. ހަމަކަށަވަރުން މުޝްރިކު ސަޖިދަ ކުރާނީ ﷲ ފިޔަވައި އިރާއި ހަނދަށެވެ. އަދި ހަމަކަށަވަރުން މުނާފިޤަކީ ހަވާ ނަފުސުގެ އަޅެކެވެ. ދެން މިއާޔަތް ކިޔަވައި ވިދާޅުވިއެވެ...“

އައްޝަންޤީޠީ ވިދާޅުވިއެވެ: ”މިއާޔަތުގެ މައްޗަށް ޢިލްމުވެރިން ޛިކުރުކުރެއްވި ބަސްފުޅުތަކުގެ މައްޗަށް ޢަމަލު ކުރުން ލާޒިމުވެގެންވާ ގޮތަކީ، އެކަންކަމަށް އަމުރުވެވިފައިވާ އެންމެހާ ކަމެއް، އެ ޢަމަލެއް އަމުރުކުރެއްވި، އަޅުވެތިވެވޭ ފަރާތް جل وعلا އަށް ކުއްތަން ކުރެވިފައި ވުމެވެ. އެހެންކަމުން އެ އެންމެހާ ޢަމަލަކީ ހަވާނަފުސަށް ކުއްތަން ކުރެވިފައިވާ އެއްޗެއް ނަމަ، އޭނާގެ ޚާލިޤު އޭނާ މައްޗަށް ޙައްޤު ކުރެއްވި އެންމެހާ އަޅުކަމަކާއި ކިޔަމަންގަތުމެއް އޭނާގެ އަމިއްލަ ހަވާނަފުސަށް އަނބުރާލައިފިއެވެ. އެހެންކަމަށް ވެއްޖެ ހިނދު، ވަރަށް ސާފުވެގެންވާ ފަދައިން އޭނާ އެވަނީ އޭނާގެ ހަވާނަފުސު އިލާހެއް ކަމުގައި ނަގައިފައެވެ.“

— މިއާޔަތުގެ ޝަރަޙައިގެ މައްޗަށް އިސްލާމް: ސުވާލާއިޖަވާބުން އަލިއަޅުވާލެވުނު މިންވަރު މިހިސާބަށް ނިމުނީ⁽⁴⁾

”އަދި ކުފުރަށް ނުވާ ފާފަތަކަކީ، އެއީ އިސް ތިރި ކުރުމާއި، ދޮގާއި، ރާބުއިމާއި، މިޔުޒިކީ ލަވަ އަޑު އެހުން އަދި މިފަދަ ކަންކަން، ފަހެ މިއީ އުރެދުމުގެ ތެރެއިން ހިމެނޭ ފާފަތަކެވެ. އަދި އެކަން ކުރާ މީހަކީ ﷲ އާއި ރަސޫލާ އަށް މުއުމިނުވެ ތެދު ކުރާ މުސްލިމެއް ނަމަ، އަދި އެކަން ކުރަނީ އެކަން (ޙަރާމް ކަމުގެ އަމުރު ދަނެހުރެ) ޙަލާލު ނުކުރާ ޙާލުގައިނަމަ، އޭނާގެ މައްޗަށް ވަނީ އެއުރެދުމަކާއި އެއްފަދަ ޙުކުމެވެ. ބޮޑުފާފައެއް އަދި ކުޑަ ފާފައެއްގައިވިޔަސް އެވެ. އެހެނަސް މި އުރެދުމަށް އަރައިގަތުމުގެ ސަބަބުން އެކަންޏެއް އޭނާ ކުފުރެއް ނުކުރެވޭނެއެވެ. އެއީ ބޮޑު ފާފައަށް ވިޔަސް އެވެ. އަދި މިއީ أهل السنة والجماعة ގެ ޢަޤީދާއެވެ. އެކަން ކުރީ އަމިއްލަ ހަވާ ނަފުސަށްޓަކައި ވިޔަސް އެވެ. ނުވަތަ އެހެން މީހަކަށް ދެއްކުމަށްޓަކައި ވިޔަސް އެވެ. ނުވަތަ އަނެކެއް ފުށުން މޮޅެއް ހޯދުމަށްޓަކައި ވިޔަސް އެވެ. އަދި މިކަހަލަ މިފަދަ މަޤުޞަދުތަކާއި ހަވާނަފުސުގެ އެދުންތަކަށް ވިޔަސް އެވެ.“⁽⁵⁾

އިބްނު ޢަބްދުލް ބައްރު رحمه الله ވިދާޅުވިއެވެ: ”އެބޭކަލުންނީ ފިޤުހާއި އަޘަރުގެ ޢިލްމުވެރިންން ކަމުގައިވާ، أهل السنة والجماعة އިއްތިފާޤުވެފައި ވާގޮތުން، ކިތައްމެ ބޮޑުވިޔަސް އެމީހެއް ކުރާ ފާފައެއް ގެ ސަބަބުން އެއްވެސް މީހެއް އިސްލާމް ކަމުން ބޭރެއް ނުވާނެތެވެ.“ — التمهيد ( 17/22 )

އަދި ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله تعالى ވިދާޅުވިއެވެ: ”އަދި މުސްލިމުންގެ އިމާމުން، ހަތަރު މަޛުހަބުގެ އާއި އެނޫން ބޭކަލުން، އަދި އެއީ އެންމެހާ ޞަޙާބީންނާއި އެބޭކަލުންނަށް ހެޔޮގޮތުގައި ތަބައުވި ތާބިޢީންނާއި އެކުމެ، އިއްތިފާޤުވެލައްވާފައިވާ ފައި ވަނީ، ހަމައެކަނި ފާފަ އަކާއި ހެދި މުއުމިނެއް ކާފަރެއް ނުވާނޭ ކަމުގެ މައްޗަށެވެ.“ —مجموع الفتاوى ( 6 / 479 )

އަދިވެސް އެކަލޭގެފާނު رحمه الله تعالى ވިދާޅުވިއެވެ:

”އަހަރެމެން މިފަދައިން ބުނާނަމަ: އަހުލުއް ސުންނަތް ފާފައިގެ މައްޗަށް ކާފަރެއް ނުކުރެތޭ — ފަހެ އެބަހުން އަހަރެމެންގެ މުރާދަކީ، ޒިނޭ އާއި ރާބުއިން ފަދަ (ކުފުރަށް ނުވާ) ފާފަތަކެވެ.“ —مجموع الفتاوى" ( 7 / 302 )


_______
⁽⁴⁾ އިސްލާމް ސުވާލާއި ޖަވާބު (145466)
⁽⁵⁾ އިސްލާމް ސުވާލާއި ޖަވާބު (219244)

=

Читать полностью…

Galandān ގަލަންދާނު

ދިރާސާ: ޝިރުކު الطَّاعَة އާއި ފާފައިގެ ފަރަޤު ދެނެގަތުމަށް އަލިކަމުގެ ވޮށެއް:

[2] ހަވާނަފްސަށް ތަބައުވުމާއި އެއަށް އަޅުކަންކުރުން

🔻🔻

Читать полностью…

Galandān ގަލަންދާނު

••

❞ އުފަންވާ ދަރީގެ ކަންފަތް ދޮށުގައި ބަންގި ގޮވުމާއިމެދު ވާރިދުވެފައިވާ ޙަދީޘު ޟަޢީފެވެ. އެޔެއް ނަބިއްޔު ﷺ އަރިހުން، ޞައްޙަގޮތުގައި ވާރިދުވެފައި ނުވެއެވެ. ހަމައެފަދައިން، ތުއްތު ކުއްޖާގެ ކަންފަތް ދޮށުގައި ޤަމަތްދިނުމުގެ ކަންތަކުގައިވެސް، ރަސޫލު ﷲ ﷺ އަރިހުން ޙަދީޘެއް ޘާބިތުވެގެން ނުވެއެވެ. މިކަމުގައި އައިސްފައިވާ އެންމެހާ ޚަބަރެއްވެސް، މުންކަރެވެ. (ޞައްޙަތަކެއްޗާއި ޚިލާފުވެ ސަނަދު ބަލިކަށްޓެވެ.) ❝

— އައްޝައިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން (ބަސްކޮޅު)


~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

` • ގަލަންދާނު •

Читать полностью…

Galandān ގަލަންދާނު

📌 ޢީދު މަރައި ނުލާށެވެ!

ހިތްދަތި މަދަހަ ތަކާއި ޢިބާރާތްތަކުން ޢީދުގެ އުފާވެރިކަން މަރައި ނުލާށެވެ. އަދި ހިތާމަވެރިކަން ގެނުވާ ޙާލަތްތަކަށް ގޮވުމުންވެސް މެއެވެ. އެހެނީ މި މާތްވެގެންވާ ޢީދުގައި އުފާ ފާޅުކޮށް ހިތްއުފާ ކުރުމަކީ ދީނުގެ ތެރެއިން ވާ ކަމެކެވެ.

ފަހެ ރަސޫލު ﷲ ﷺ ވީ މީސްތަކުންގެ ތެރެއިން އެބޭކަލަކަށް، އެބޭކަލެއްގެ އަހުލުންނާއި އަޞްޙާބުންނާއި އުއްމަތް އެންމެ ބޮޑަށް އިމްތިޙާނު ކުރެވުނު ބޭކަލަށެވެ. އަދި މިއާއި އެކުވެސް، ޢީދު ދުވަހު އެކަލޭގެފާނު އުޖާލާ ކަމާއި އުފާވެރިކަން ފާޅުކުރައްވައެވެ.

އަދި އެންމެ ހައިރާން ކުރުވަނިވި އެއްކަމަކީ، ބައެއް މީހުން ﷲ އެއަކަށް އަމުރެއް ދެއްވާފައިނުވާ މުސްލިމުން ނޫން މީހުންގެ މުނާސަބާތަކުގައި އުފާވެރިކަން ފާޅުކުރާކަމެވެ. ނުވަތަ ޢާއިލީ އަދި މިޒާތުގެ އުއްމަތާއި ނުގުޅޭ ކަންކަމުގައި އެބައިމީހުންގެ ރޫހުގެ ތާޒާކަން ދައްކައެވެ. އެހެނަސް އިސްލާމީ ޝަރީޢަތް އެއަކަށް ގޮވާލާ މުސްލިމުންގެ ޢީދެއް އައުމާއި އެކު، އެވެރިން މޯޅިވެއެވެ. އަދި މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކާއި އާފާތްތަކާއި ހިތާމަތަށް ހަނދުމަކުރާން ފަށައެވެ.

ولا حول ولا قوة إلا باللّٰه.


— އައްތަޛްކިރާ


~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

އަލްއިމާމް އިބްނު ރަޖަބުލް ޙަންބަލީ ވިދާޅުވިއެވެ:

❞ ليس العيد لمن لبس الجديد
ޢީދުވަނީ އައު ހެދުން ލާ މީހަކަށް ނޫނެވެ.
إنما العيد لمن طاعاته تزيد
ހަމަކަށަވަރުން ޢީދުވަނީ، އެމީހެއްގެ ކިޔަމަންގަތުންންތައް އިތުރުވާ މީހަކަށެވެ.

ليس العيد لمن تجمَّل باللباس والركوب
ޢީދުވަނީ އެމީހެއްގެ ހެދުމާއި ސަވާރީ ޒީނަތްތެރިކޮށްފި މީހަކަށް ނޫނެވެ.
إنمـا العـيد لمن غفرت له الذنوب
ހަމަކަށަވަރުން ޢީދުވަނީ، އެމީހަކަށް އެމީހެއްގެ ފާފަތައް ފުއްސެވިއްޖެ މީހަކަށެވެ.

ޢީދު ވިލޭރޭ، ޚަލްޤުތަކުން (ނަރަކައިން) މިންޖުކުރެވެއެވެ. އަދި އަޅުވެރިޔާއަށް ފާފަ ފުއްސެވެއެވެ. ފަހެ އެއިން މިންވަރެއް ނަސީބުވެއްޖެ މީހާ ދަންނައެ، ޢީދު އެވަނީ އެމީހަކަށެވެ. އެނޫންނަމަ އެއީ ދުރަށް އެއްލާލެވިފައިިވާ މީހެކެވެ.

— ލަޠާއިފުލް މަޢާރިފް (1/277)


~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

❗️
* އެންމެ ލަސްވެގެން ފަތިސް ވުމުގެ ކުރިން ޢަރަފާތް ދުވަހުގެ ރޯދައަށް ނިޔަތް ގަންނަންޖެހޭ ނެއެވެ. *

ނިޔަތް ނުގަނެވިއްޖެ މީހާ، އެދެވިގެންވަނީ ސުންނަތް ރޯދައެއް ގޮތުގައި ރޯދައަށް ދުވާލު ނިޔަތް ގަނެ ރޯދަ ހިފުމެވެ.

Читать полностью…

Galandān ގަލަންދާނު

🔺ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މަތިވެރިކަން
~ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

🔻
މުޤައްޔަދު (ހިފެހެއްޓިފައިވާ) ތަކްބީރު: ހައްޖު ވެރީން ނޫން މީހުންނަށް ޢަރަފާތް ދުވަހުގެ ފަތިސް ނަމާދުން ފެށިގެން މިތަކްބީރު ކިޔުމުގެ ސުންނަތް ވަނީ ފެށިފައި.

• ކޮންމެ ނަމާދެއް ނިމި ޛިކުރު ތަސްބީޙައަށް ފަހު އަމިއްލަ ނަފްސަށް ތަކްބީރު ކިޔުން

• ތަކްބީރު ކިޔުމަށް ބޭނުން ކުރެވިދާނޭ ބަޔެއް ލަފުޒުތައް:

‏ހ.
(اللَّهُ أَكْبَرُ ، اللَّهُ أَكْبَرُ ،اللَّهُ أَكْبَرُ كَبِيرًا)

ށ.
‏ (اللَّهُ أَكْبَرُ ، اللَّهُ أَكْبَرُ ، لَا إلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ ، اللَّهُ أَكْبَرُ، وَلِلَّهِ الحَمْدُ)

ނ.
‏ (اللَّهُ أَكْبَرُ كَبِيرًا، اللَّهُ أَكْبَرُ كَبِيرًا، اللَّهُ أَكْبَرُ وأَجَلُّ، اللَّهُ أَكْبَرُ وَلِلَّهِ الحَمْدُ)

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

”ހެޔޮ ޢަމަލުތައް“ (2)

 مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهِنَّ أَحَبُّ إِلَى اللَّهِ مِنْ هَذِهِ الْأَيَّامِ الْعَشْرِ
”މިދިހަ ދުވަހަށްވުރެ ، ހެޔޮ ޢަމަލުކުރުން މާތް الله ގެ ޙަޟްރަތަށް ލޮބުވެތިކަން ބޮޑު ދުވަސްތަކެއް ނުވެއެވެ.“ (ޙަދީޘް)

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

🔻

އެމިހެއްގެ ނަފުސާއި އޭނާގެ ގޭގެ އެންމެހާ އަހުލުންގެ މައްޗަށް 1 ކަންބަޅި ގުރުބާން ކުރުން، މިއީ ސުންނަތުގެ ތެރެއިން ވާ ކަމެކެވެ:

ޢަޠާއު ބުނު ޔަސާރު ވިދާޅުވިއެވެ: ﷲ ގެ ރަސޫލު ﷺ ގެ ޙަޔާތްޕުޅުގައި ގުރުބާނީ ކަތިލުން ވީ ކިހިނަކުން ތޯ އަހަރެން އަބޫ އައްޔޫބުލް އަންޞާރީ ގާތު އެހީމެވެ. ވިދާޅުވިއެވެ: ”މީހެއް އެމީހެއްގެ އަމިއްލަ ނަފުސަށާއި އޭނާގެ ގޭގެ އަހުލުންނަށް އެއް ކަންބަޅި ގުރުބާން ކުރެތެވެ. އަދި އެވެރިން އަމިއްކަޔަށް ކައި އަދި އަނެކުންނަށް ވެސް އެއިން ދެވެއެވެ. ދެން މީސްތަކުން ދެއްކުންތެރިވެގެންގޮސް މިހާރު ތިފެންނަ ފަދައިން ވެގެން ދިޔައެވެ.“

ރިވާކުރެއްވީ އައްތިރުމިޛީ، އަދި ޙަސަން ޞަޙީޙް ކަމަށް ވިދާޅުވިއެވެ.

Читать полностью…

Galandān ގަލަންދާނު

🔻
”اللّٰه عز وجل ތަކްބީރު ކުރުމުގެ އަޅުކަމަކީ އެންމެ މަތިވެރިވެގެންވާ އަޅުކަންތައް ތެރެއިން ވާ ކަމެކެވެ. ހަމަކަށަވަރުން اللّٰه عز وجل އެއިލާހުގެ ނަބިއްޔު އަށް ﷺ ، އެކަމަށް އަމުރުކުރެއްވިއެވެ. އަދި އެއަށްފަހު އެކަލޭގެފާނު، އެކަލޭގެފާނުންގެ އުއްމަތަށް އެކަމަށް އަމުރު ކުރެއްވިއެވެ. އެއިލާހު تَعَالَى ވަޙީ ކުރެއްވިއެވެ:

﴿ وَقُلِ ٱلْحَمْدُ لِلَّهِ ٱلَّذِى لَمْ يَتَّخِذْ وَلَدًا وَلَمْ يَكُن لَّهُۥ شَرِيكٌ فِى ٱلْمُلْكِ وَلَمْ يَكُن لَّهُۥ وَلِىٌّ مِّنَ ٱلذُّلِّۖ وَكَبِّرْهُ تَكْبِيرًۢا ﴾

”އަދި ކަލޭގެފާނު ވިދާޅުވާށެވެ! ޙަމްދު ހުރީ اللَّه އަށެވެ. އެކަލާނގެއީ، ދަރިކަލަކު ނުހިއްޕަވާ އިލާހެވެ. އަދި ވެރިކަމުގައި އެކަލާނގެއަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ. އަދި ނިކަމެތިކަމުން ސަލާމަތް ކުރާނޭ ރައްކާތެރިޔަކު އެކަލާނގެއަކަށް ނުމެވޭމެއެވެ. އަދި ކަލޭގެފާނު ގިނަގިނައިން އެކަލާނގެއަށް ތަކްބީރު ކިޔާށެވެ!

އަދި وَكَبِّرْهُ تَكْبِيرًۢا (...ގިނަގިނައިން އެކަލާނގެއަށް ތަކްބީރު ކިޔާށޭ) މާނައަކީ، ފުރިހަމަ މަތިވެރި ކުރުމަކުން އެއިލާހު މަތިވެރި ކުރާށޭ އެވެ.“

~ ޝައިޚް، ޢަބްދު اللّٰه އައްސަޢްދު | ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

🔻

ޛުލް ޤައިދާ މަސް ނިމި، މާދަމާ އަކީ ބަރަކާތް ތެރި ޛުލް ޙިއްޖާ މަހުގެ ފުރަތަމަ ދުވަހެވެ.

އެހެންކަމުން މިރޭ އިރު އޮއްސުމާއި އެކު މިބަރަކާތްތެރި ދިހަ ދުވަސް ފެށުނީއެވެ.


‏الله ﷻ ވަޙީ ކުރެއްވިއެވެ:

﴿وَالْفَجْرِ وَلَيَالٍ عَشْرٍ﴾
”ފަތިސް ގަންދެއްވަމެވެ. އަދި ދިހަ ރޭ ގަންދެއްވަމެވެ.“

[الفجر : ١-٢]

އިބްނު ޖަރީރް އައްޠަބަރީ ވިދާޅުވިއެވެ:

”އަޅަމެންގެ ރައްބު ފަތިސް ގަންދީ ހުވާ ކުރެއްވީ އެއަށް ޘަނާ ވަޙީ ކުރެއްވުމުގެ ގޮތުންނެވެ. އެއީ ދުވާލުގެ ފެށުމެވެ. އަދި މަތިވެރި އެއްޗަކުން މެނުވީ އެއިލާހު ހުވާ ނުކުރައްވަތެވެ.“

އެއިލާހުގެ ވަޙީ: وَلَيَالٍ عَشْرٍ (އަދި ދިހަ ރޭ ގަންދެއްވަމެވެ.)

އިބްނު ޢައްބާސް އާއި މުޖާހިދު އަދި ޤަތާދާ ތަފްސީރު ކުރެއްވީ، މިއީ ޙައްޖު މަހުގެ ދިހަ ދުވަސް ކަމުގައެވެ.

~ގަލަންދާނު

Читать полностью…

Galandān ގަލަންދާނު


📌 ޛުލް ޙިއްޖާ މަހުގެ ތަކްބީރު ތަކާއި ބެހޭ ފިޤުހުގެ މައްޗަށް ޚުލާޞާ

(އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އަލްޚުޟައިރް)


އަބޫ ޢުބައިދާ ބުނު ޢަބްދު ﷲ ބުނު މަސްޢޫދު رحمه الله ވިދާޅުވިއެވެ:

”މަގެއް މަތީ މީހަކު އިށީނދެ، އޭނާ އަތުގައި ދީނާރުގެ ގޯންޏެއް އޮވެމެ، އޭނާ ހުރަސް ކުރާ ކޮންމެ މީހަކަށް އެއިން ދީނާރެއް ދޭނަމަ، އަދި އޭނާ އާއި ވިދިގެން ހުރި އެނޫން މީހެއް، ﷲ تَعالَى އަށް ތަކްބީރު ކިޔާނަމަ، ފަހެ ތަކްބީރު ކިޔާ ފަރުދު އަޖުރުގެ ގޮތުން ބޮޑުވެގެން ވެއެވެ.“

(މިއަޘަރު) ރިވާކުރެއްވީ ޢަބޫ ނުޢައިމް، އެކަލޭގެފާނުގެ ޙިލްޔަތު ގައެވެ. އެއީ ޞައްޙަ ސަނަދަކުންނެވެ.

ތަކްބީރު ކިޔުމުގެ ވައްޓަފާޅި:

ފަހެ ނަބިއްޔު ﷺ އަރިހުން ވަކި މުޢައްޔިނު ގޮތެއްގައި ތަކްބީރު ކިޔުމުގެ ވައްޓަފާޅިއެއް ޘާބިތުކޮށް ވާރިދުވެފައި ނުވެއެވެ. އަދި ވާރިދުވެފައިވަނީ އެކަލޭގެފާނުގެ ބައެއް އަޞްޙާބުން رضي الله عنهم އަރިހުންނެވެ. އަދި އޭގެން އެންމެ ޞައްޙަ ގޮތްތައް އަހަރެމެން ކުރިޔަށް ގެނެސް ދޭނަމެވެ.


ތަކްބީރު އަޑު ހަރުކޮށް ކިޔުން ޝަރުޢު ވެގެންވުން:

އަލްބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި މުޢައްލަޤުކޮށް (ސަނަދު އެއްކޮށް ނުލިޔުއްވައި) ރިވާކުރެއްވިއެވެ:

”ޛުލް ޙިއްޖާ މަހުގެ ދިހަ ދުވަހު ތެރޭ އިބްނު ޢުމަރު އާއި އަބޫ ހުރައިރާ ބާޒާރު މައްޗަށް ނިކުމެވަޑައިގެން ތަކްބީރު ވިދާޅުވެތެވެ. އަދި އެދެބޭކަލުންގެ ތަކްބީރާއި އެކު މީސްތަކުންވެސް ތަކްބީރު ކިޔަތެވެ.“

‏އިބްނު ރަޖަބް ވިދާޅުވިއެވެ: މިއީ އިބްނު ޢުމަރު އާއި އަބޫ ހުރައިރާ އަރިހުން މުޖާހިދު އަރިހުން ޙުމައިދު އަރިހުން ސަލާމް އަބުލް މުންޛިރު ގެ ރިވާޔަތް ތަކުގެ ތެރެއިން އެއްޗެކެވެ.

އަހަރެން (އަލްޚުޟައިރު) ބުނަމެވެ: އޭގެ ސަނަދަކީ މައްކީ ޞައްޙަ ސަނަދެކެވެ.

ފުރަތަމަ ވައްޓަފާޅި:

އަބުލް އަޙްވަޞް އަރިހުން ރިވާވެގެން ވެއެވެ: ވިދާޅުވިއެވެ: ޢަބްދު ﷲ ބުނު މަސްޢޫދު رضي الله عنه ވިދާޅުވެ އުޅުއްވިއެވެ: اللهٌ أَكْبَرُ، اللهٌ أَكْبَرُ، لَا إِلَه إِلَّا الله، وَاللهُ أَكْبَرُ، اللهٌ أَكْبَرُ، وَلله الحَمْدُ

ރިވާކުރެއްވީ އިބްނު އަބީ ޝައިބާ ޞައްޙަ ކޫފިއްޔަ ސަނަދަކުން ނެވެ.

ދެވަނަ ވައްޓަފާޅި:

އަބޫ ޢުޘްމާނުއް ނަހްދީ އަރިހުން ތިވާވެގެންވެއެވެ. ވިދާޅުވިއެވެ: ސަލްމާނުލް ފާރިސީ رضي الله عنه އަހަރެމެންނަށް ތަކްބީރު އުނގަންނަވައި ދެއްވައި އުޅުއްވިއެވެ. ވިދާޅުވެތެވެ:

ތަކްބީރު ގޮވާށެވެ: اللهٌ أَكْبَرُ، اللهٌ أَكْبَرُ كَبِيراًً ނުވަތަ ވިދާޅުވެއޭ ތަކްބީރަށް: اللّهُم أَنْتَ أَعْلَى وأَجَلُّ

ރިވާކުރެއްވީ އަލްބައިހަޤީ އެވެ. އަދި އަލްޙާފިޠު އޭގެ ސަނަދު ޞައްޙަ ކުރެއްވިއެވެ.

އަހަރެން ބުނަމެވެ: އޭގެ (ސަނަދުގެ) ރާވީން ނަކީ ޘިއްޤާ ބޭކަލުންނެވެ. އަދި އޭގެ ސަނަދު ވަރުގަދަ އެވެ.

ތިންވަނަ ވައްޓަފާޅި:

ޢިކްރިމާ އަރިހުން އިބްނު ޢައްބާސް رضي الله عنهما އަރިހުން، އެކަލޭގެފާނު ވިދާޅުވެތޭ:

اللهٌ أَكْبَرُ كَبِيراًً، اللهٌ أَكْبَرُ كَبِيراًً، اللهٌ أَكْبَرُ، وَأَجَلُّ اللهٌ أَكْبَرُ، وَلِلهِ الحَمْدُ

ރިވާކުރެއްވީ އިބްނުލް މުންޛިރު "އަލްއަޥްސަޠު" ގައެވެ. އަދި އަލްބައިޙަޤީ އެވެ. އެއީ އަޅައިގަތުމެއް ނެތް ރަނގަޅު ބަޞަރީ ސަނަދަކުންނެވެ.

ނަބިއްޔު ﷺ ނަމާދުން އަވަދިވެވަޑައިގެން ތަކްބީރު ކިޔުއްވިކަމަށް ޙަދީޘެއް ވާރިދުވެފައި ނުވެއެވެ. އެކަން ޘާބިތުވެފައިވަނީ އަޞްޙާބު ބޭކަލުން رضي الله عنهم އަރިހުން ނެވެ.

އިމާމް އަލްބުޚާރީ އިޚްތިޔާރު ކުރެއްވި ގޮތް ކަމަށް ފާޅުވަނީ، މުޤައްޔަދު ތަކްބީރު (އެއީ ޢަރަފާތް ދުވަހުގެ ފަތިސް ނަމާދުން އައްޔާމުއް ތަޝްރީޤުގެ ފަހު ދުވަހުގެ އަޞްރު ނަމާދާއި ހަމަޔަށް، ކޮންމެ ނަމާދެއް ސަލާމް ދިނުމަށްފަހު — ކޮންމެ ފަރުދެއް އަމިއްލަޔަށް — ކިޔާ ތަކްބީރު) އެކަލޭގެފާނު ކަނޑަ ނުއަޅުއްވަކަމެވެ. އަދި އެކަލޭގެފާނު ޞަޙީޙު ގައި ބާބު ކަނޑައަޅުއްވާފައިވާ ގޮތުން ފާޅުވަނީ، ތަކްބީރު ވަނީ މުޠްލަޤު ކޮށް ކަމެވެ. (އެއީ ޛުލް ޙިއްޖާ ދިހަ ދުވަހާއި އައްޔާމުއް ތަޝްރީޤު ގެ ފަހު ދުވަހުގެ އިރު އޮއްސުމާއި ހަމަޔަށް ވަކި ޚާއްޞަ އަދަދަކާއި ދަނޑިވަޅެއް ނެތި ކިޔޭ ތަކްބީރެވެ.)
والله وأعلم.

އަލްމަރްވަޒީ، މައިމޫނު ބުނު މިހްރާން އަރިހުން ރިވާކުރެއްވިއެވެ. ވިދާޅުވިއެވެ: ”މީސްތަކުން (ޛުލް ޙިއްޖާ) ދިހަ ދުވަހުގައި ތަކްބީރު ކިޔުމުގައި ވަނިކޮށް އަހަރެންނަށް ފެނުނެވެ. އޭގެ ގިނަގުނަ ކަމުން (އެއަޑުތަކަކީ) ރާޅުބާނީ ތަކެއް ގޮތުގައި އަހަރެންނަށް ސިފަ ވެގެންދިޔައެވެ.“ އަދިވެސް ވިދާޅުވިއެވެ: ތަކްބީރު ކިޔުން ދޫކޮށް މީސްތަކުން ވަނީ މިހާރު (މިކަމުގައި) ހީނަރުވެފައެވެ.“

(މި އަޘަރު) ޛިކުރު ކުރެއްވީ އަލްޙާފިޠު އިބްނު ރަޖަބް "ފަތުޙުލް ބާރީ" ގައެވެ.


=

Читать полностью…

Galandān ގަލަންދާނު


މިސާލެއް:

މީހަކު ޒިނޭ ކުރަން ލޯބިކޮށްފާނެއެވެ. އެހެނަސް އެކަމަކީ ހަލާލު ކަމެއްކަމުގައި އޭނާ ނުހަދައެވެ. އަދި އެކަމުގެ ދެވިހިފައި — ނަމާދު އެޅުން ފަދަ — އެހެން ބޮޑު ކުފުރަކަށްވެސް އަރައެއްނުގަނެއެވެ. މިފަދަ މީހަކީ ފާސިޤެކެވެ. އަދި ފާޖިރެކެވެ. އަދި މިއާއި އެކުވެސް އިސްލާމްކަމުގެ ތަރަހައިގައި އޭނާ ދެމިހުރެއެވެ.

އޭނާގެ ލޯބީގެ ސަބަބުން، އެކަން ހަލާލު ކަމަށް ދެކިއްޖެނަމަ، އަދި އޭނާގެ ހިތު އަޑީގައި އެކަމުގެ ( ފާފަ ގެ މައްޗަށްވާ ) ނުރުހުންތެރިކަން ( قبح ) ނެތިގޮސްފިނަމަ ނުވަތަ ޝަރީޢަތުގައި އެކަން ހަރާމް ވުމުގެ އޭނާ ނުރުހިއްޖެނަމަ⁽⁵⁾ އަދި އެކަން ހަރާމްކުރާ ( ޤުރުއާނާއި ސުންތުގެ ) ނައްޞުތަކަށް އޭނާ ގެ ހިތުއަޑީގެ ކިޔަމަންގަތުން ( އިންޤިޔާދު ) ހުއްޓާލައިފިނަމަ ނުވަތަ ހިތްނުތަނަވަސް ކޮށްފިނަމަ އަދި އެނެތިދިޔުމަށް ލޯބިކުރާނަމަ، އަދި އެހެންނޫނީ އެލޯބީގެ ސަބަބުން އޭނާ އެހެން ކުފުރަކަށް — ނަމާދު އެޅުމަށް – އަރައިގެންފިނަމަ އޭނާ އަކީ ކާފަރެކެވެ. އެހެނަސް މިއީ އޭގެ ޒާތުގައި ޒިނޭ ކުރުމަކުންނޫނެވެ. އެހެނަސް އޭނާގެ ނަފްސު ކުފުރު އަކްބަރު ގެ ތެރެއަށް ވައްޓާލުމުންނެވެ. އަދި ކިއެއްހެއްޔެވެ.؟ އޭނާ ދުވަހަކު ޒިނޭ ނުކުރިޔަސް، ޒިނޭ އިސްތިހްލާލު ( ހަލާލު ) ކޮށްފިނަމަ އެކަމުގެ ސަބަބުން އޭނާ ބޮޑު ކުފުރުގެ ތެރެއަށް ވެއްޓެއެވެ. އަދި މިފަދައިން ﷲ ގެ ޝަރުޢުގެ އެއްވެސް ކަމެއްގެ މައްޗަށް އޭނާ ކަންތައްކޮށްފިނަމަ ކުފުރުވެއެވެ. އެއީ ނިސާ ސޫރަތުގެ 65 ވަނަ އާޔަތުގައި އެއިލާހު ވަޙީ ކުރެއްވިފަދައިންނެވެ:

{فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا۟ فِىٓ أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا۟ تَسْلِيمًا}


(( އެހެންނެއްނޫނެވެ.! ކަލޭގެފާނުގެ ރައްބު ގަންދެއްވައި ވަޙީ ކުރައްވަމެވެ. އެމީހުން މެދުގައި އުފެދިފައިވާ، އަދި އުފެދޭ ދެބަސްވުންތަކުގައި ކަލޭގެފާނު ހުކުމްވެރި ކޮށްފުމަށް ދާންދެން އެބައިމީހުން އީމާނެއް ނުވެއެވެ.! އަދި އެހިނދު، ކަލޭގެފާނު ނިޔާ ކުރެއްވި ގޮތާއިމެދު އެމީހުންގެ ހިތްތަކުގައި ކުޑަވެސް ދަތިކަމެއް ނުދެކުމަށް ދާންދެނެވެ. އަދި އެ ނިޔާއަށް ފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވުމަށް ދާންދެންނެވެ.))

ހަމަ މިބީދާއިން، އޭނާ އެއަށް ލޯބިކޮށް ( ނޫނީ ދެވިހިފުމުގެ ސަބަބުން ) ނަމާދު އަޅަންފަށައިފިނަމަ، ނަމާދު އެޅުން – މިއީ އޭގެ ޒާތުގައި ކުފުރެކެވެ. އޭނާ ޒިނޭ ކުރިޔަސް ނޫނި ނުކުރިޔަސް އެވެ. އަދި އޭނާ ނަމާދު އެޅީ ޒިނޭގެ ސަބަބުންނަމަ މިއީ އިތުރު ނުބަޔެކެވެ. އަދި ޢަޒާބުގައި އިތުރުވުމެކެވެ.


(ނުނިމޭ)

~ ގަލަންދާނު

______
⁽⁵⁾ ކަމެއްގެ ޙުކުމަށް ނުރުހުމާއި ޠަބީޢަތުގައި ނުރުހުން މިއީ ދެކަމެކެވެ. މިސާލަކަށް، ޖިހާދަކީ ﷲ ފަރުޟު ކުރެއްވިކަމެކެވެ. އެހެނަސް މީސްތަކުން އެއަށް ނުރުހިގެން ވާކަމަށް އެއިލާހު އެންގެވިއެވެ. އެހެނަސް މިއީ އެއަމުރަށް ނުރުހުމެއް ނޫނެވެ. އެހެނަސް އިންސާނާ މަރަށް އަދި ބުރަކަމަށް އޮންނަ ނުރުހުމުގެ ސަބަބުންނެވެ. އެހެން ކަމުން މި ނުރުހުމަކީ ކުފުރެއް ކަމަށް ﷲ ނުއަންގަވައެވެ. މިގޮތުން އަންހެނަކަށް އޭނާގެ ފިރިމީހާ އެހެން މީހަކާއި ކައިވެނި ކުރުމަށް އޮންނަ ނުރުހުން ވެސް މިއީ ތަބީޢީ ނުރުހުމެކެވެ. ހަމަ އެފަދައިން މީހަކު ﷲ ޙަލާލު ކުރެއްވި އެއްޗެއް ކެއުމަށް ނުރުހިދާނެއެވެ. އެއީ އޭނާއަށް އޭގެ ރަހަ ނުބައިވުމުންނެވެ. ވީމާ އެއީ އެ ޙަލާލު ކުރެއްވީތީ ނުރުހުމެއް ނޫނެވެ.

Читать полностью…

Galandān ގަލަންދާނު



[2] ހަވާނަފްސަށް ތަބައުވުމާއި އެއަށް އަޅުކަންކުރުން

ހަވާނަފްސަށް ތަބައުވުން ވަނީ ތަފާތު ދަރަޖައަށެވެ. އޭގެ ތެރޭގައި ދީނުން ބޭރުވެ މުރުތައްދުވާފަދަ ބޮޑު ކުފުރާއި ޝިރުކު ވެސް ހިމެނެއެވެ. އަދި ބޮޑު ފާފަ އާއި ކުދި ފާފަވެސް ހިމެނެއެވެ.


(ހ.) ބޮޑު ކުފުރާއި ބޮޑު ޝިރުކަށް ދާކަންކަން:

އެމީހެއްގެ ހަވާނަފްސަށް ތަބައުވެ، ﷲ ގެ ރަސޫލުގެ އަމުރަށް އިންކާރުކޮށް، ނޫނީ އެއަށް ހަޖޫޖަހައި، ނޫނީ ބޮޑާވެ އެއަށް ފުރަގަސްދީފިނަމަ، އެއީ ފުރުޤާން ސޫރަތުގެ 43 ވަނަ އާޔަތާއި އަލްޖާޡިޔާ ސޫރަތުގެ 23 ވަނަ އާޔަތާއި ޤަޞަޞް ސޫރަތުގެ 50 ވަނަ އާޔަތުގައި ވާފަދައިން،އެހެންވެއްޖެނަމަ މިއީ ޝިރުކެވެ. ހަމަ މިފަދައިން، ހަވާނަފްސުގެ އެދުމަށް ތަބައުވެ، ބޮޑު ކުފުރަކަށް ނޫނީ ޝިރުކަކަށް މީހަކު އަރައިގަނެފިނަމަ، މިއީ ހަވާނަފްސުގެ ސަބަބުން މުރުތައްދުވުމެކެވެ.


(ށ.) ކުޑަ ޝިރުކު ކުފުރު:

ހަމަ މިފަދައިން ޤުރުއާނާއި ސުންނަތުން ސާބިތުވަނިވި، ދީނުން ބޭރުނުވާ ކުފުރާއި ޝިރުކު ތަކަށް ހަވާނަފްސުގެ ސަބަބުން އަރައިގެންފި މީހަކީ އެފަދަ ދީނުން ބޭރުނުވާ ފާފައެއް ކުރި މީހެކެވެ. މީގެ މިސާލަކީ އަޅުކަމުގައި ދެއްކުންތެރިކަން ( އައްރިޔާ ) ވަނުމެވެ. ހަމަ އެފަދައިން ﷲ ނޫން ފަރާތެއް ގަންދީ ހުވައެއް ކުރުންވެސް ކުޑަ ޝިރުކުތެރޭ ހިމެނެއެވެ. މިފަދަ ކަންކަމީ ބޮޑުފާފައަށްވުރެ ނުބައި ކަންކަމެވެ.


(ނ.) ފާފަތައް:
އެމީހެއްގެ ހަވާނަފްސުގެ އެދުމަށް، ޒިނޭ ނުވަތަ ދޮގުހެދުން ފަދަ ފާފަ ތަކަށް އަރައިގަންނަ މީހަކީ ބޮޑު ފާފަވެރިއެކެވެ. މިއީ ފާސިޤުންނެވެ. ބޮޑު ފާފައިގެ ތެރޭ ނުހިމެނޭ އުރެދުންތަކަށް އަރައިގަންނަ މީހަކީ ފާފަވެރިއެކެވެ.


ބައެއް ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުން މިއީވެސް ޝިރުކުގެ ބާވަތެކެވެ. އެހެނީ ހަވާނަފްސުގެ ސަބަބުން ﷲ އަށް އުރެދުމެވެ. އެހެނަސް ބޮޑު ޝިރުކާއި ޚިލާފަށް، ފާފަތަކާއި އުރެދުންތަކަކީ ﷲ ގެ އިރާދައާއި އެކު އެހެންޏާ ޢަފޫ ކުރައްވާނޭ ނޫނީ ޢަޒާބަށްފަހު ފުއްސަވާނޭ ކަންކަމެވެ.

ﷲ تعالى ވަޙީ ކުރެއްވިއެވެ:

{أَرَءَيْتَ مَنِ ٱتَّخَذَ إِلَٰهَهُۥ هَوَىٰهُ}

”އެމީހެއްގެ އިލާހެއްކަމަށް ހަވާނަފްސު ނެގި މީހާ ކަލޭގެފާނު ދެކިލެއްވިންތޯއެވެ.؟“

މި އާޔަތް ނިޞްބަތްވަނީ ބޮޑު ޝިރުކު އާއި ކުޑަ ޝިރުކު ގެ މައްޗަށެވެ. އެހެނީ ﷲ ނޫން އެއްވެސް ފަރާތަކަށް ތަޢައްލުޤު ވުމީ (ގުޅިލާމެހުމަކީ) އެއިލާހު ނޫން ފަރާތަކަށް އަޅުވެތިވެ އަދި އިލާހުވަންތަ ވުމެކެވެ. އަދި މިކަންތަކަކީ އެހެންޏާ ބޮޑު ކުފުރު ނޫނީ ކުޑަ ކުފުރަށް ވާ ކަމެކެވެ. (އަދި ބައެއް ޖާހިލުން ދެކޭ ފަދައިން، ހަވާނަފްސަށް ތަބައުވާ ކޮންމެ މީހަކީ ހަމައެކަނި ދީނުން ބޭރުވާ ކުފުރަށް ވެއްޓޭ މީހެއް ކަމުގައެއް ނޫނެވެ.)

މިހެން ކަމުން ބައެއް ޢިލްމުވެރިން އެންމެހާ އުރެދުމަކީ ޢާންމު މަފްހޫމުގައި ޝިރުކު ތެރެއަށް ވަންނަ އެއްޗެއް ކަމުގައި ކަނޑައެޅުއްވިއެވެ. އެހެނީ ﷲ تعالى އަށް އުރެދޭ ކޮންމެ މީހަކީ، އޭނާގެ ހަވާ ނަފުސަށް ތަބަޢަވެގެން ހުރި މީހެކެވެ. އަދި ހަވާ ނަފުސަށް އަޅުވެތި ވެއްޖެ މީހެކެވެ. މިއީ ރަސޫލު ﷲ ﷺ ގެ މިޙަދީޘް އިން މިއަށް ދަލީލު ކުރާ ފަދައިން ނެވެ:

«تعس عبد الدينار، تعس عبد الدرهم، تعس عبد الخميصة، تعس عبد الخميلة، ان اعطي رضي، وان لم يعط سخط، تعس وانتكس» —رواه البخاري

”ދީނާރާއި، ދިރުހަމުގެ އަޅާއަށް ހަލާކު ހުއްޓެވެ. މަޚުމަލުގެ ސާލައި، ޖަރީކުރެވިފައިވާ ސާލުގެ އަޅާއަށް ހަލާކު ހުއްޓެވެ. (އެބަހީ: ދުނިޔޭގެ މުދަލަށް އާޅުދާސްތުވެފައިވާ މީހާއަށް ހަލާކު ހުއްޓެވެ) އޭނާއަށް، (އެތަކެތި) ލިބިއްޖެނަމަ ރުހެއެވެ. އަދި ނުލިބިއްޖެނަމަ ރުޅިއާދެއެވެ. އޭނާއަށް ހަލާކު ހުއްޓެވެ. އަދި އޭނާ މޫނުވަތަށްޖެހޭ ހުއްޓެވެ. (އެބަހީ ބަރުބާދުވާ ހުއްޓެވެ).“

އެހެނަސް ކަމެއްގެ މައްޗަށް ހަވާނަފުސު ވެރިވި ޢަމަލުގެ މައްޗަށް — އެއީ ބޮޑު ކުފުރު ކަން ނޫނީ ކުޑަ ކުފުރު ކަން — ކަނޑައެޅުމަށް ޙުކުމް ކުރެވުން ރުޖޫޢަވަނީ، ޝަރުޢީ ޤަވާޢިދާއި ދަލީލާއި އެހެނިހެން ތަފްޞީލުތަކުގެ މައްޗަށެވެ.

އައްޝަންޤީޠީ أضواء البيان ގައި މިއާޔަތުގެ ތަފްސީރުގައި ވިދާޅުވިއެވެ: އިބްނު ކަޘީރު رحمه الله މިއާޔަތުގެ ތަފްސީރުގައި ވިދާޅުވިއެވެ: ... އެބަހީ: އެއްޗެއް އެމީހަކަށް ރަނގަޅުވެލާއިރަށް، އަދި އޭނާގެ ހަވާ ނަފުސުގައި އެކަމެއް ހެޔޮކަމަށް ދެކެވޭ އިރަށް، އެއީ އޭނާގެ ދީން ކަމުގައި އަދި މަޛުހަބު ކަމުގައި ނެގުމެވެ. ...އިބްނު ޢައްބާސް ވިދާޅުވިއެވެ.: ”ޖާހިލިއްޔަތުގައި މީހަކު ހުދު ހިލަޔަކަށް ޒަމާނެއް ވަންދެން އަޅުކަންކޮށް އުޅުނެވެ. ފަހެ ދެން އެއަށްވުރެ ރީތި ހިލައެއް އޭނާ އަށް ފެނިއްޖެނަމަ، މިދެވަނަ ހިކަޔަށް އަޅުކަންކޮށް ފުރަތަމަ ހިލަ ދޫކޮށްލައެވެ.“

”އައްދުއްރުލް މަންޘޫރު“ ގައި ޛިކުރުވެފައިވެއެވެ: އަބޫ ޙާތިމް އާއި އިބްނު މަރްދަވީހި ރިވާކުރެއްވިޔޭ، އިބްނު ޢައްބާސް އަރިހުން: ”މިއާޔަތް ބާއްވައިލެއްވެވުނު ސަބަބަކީ ފުރަތަމަ ހިލައިގެ މަޤާމުގައި ދެވަނަ ހިލަޔަށް ކާފަރުން އަޅުކަން ކުރުމެވެ.“
=

Читать полностью…

Galandān ގަލަންދާނު

🔺🔺

މިއީ 8 ބަޔަށް ބެހިފައިވާ ސިލްސިލާ އެކެވެ.

[1] އަޅުކަމުގެ ތަނބުތަށް
[2] ހަވާނަފްސަށް ތަބައުވުމާއި އެއަށް އަޅުކަންކުރުން
[3] ޝިރުކުއް ޡާއާ ގެ ތަޢާރަފު
[4] ޝިރްކުއް ޠާޢާ ގެ މައްޗަށް ވާ ދަލީލު
[5] ޝިރުކުއް ޠާޢާ ހިމެނެނީ ކޮން ކަންތައްތަކެއްގައި ހެއްޔެވެ؟
[6] ޝިރްކުއް ޠާޢާ އާއި ގުޅިފައިވާ ބައެއް ކަންކަން
[7]ޝިރުކުއްޠާޢާ، ޢަމަލުން އެކަނިވެސް ވެދާނެ ހެއްޔެވެ؟
[8] ހިތުގެ ޢަމަލަށް އެކަނި ތަކްފީރު ނުކުރެވޭ

~ ގަލަންދާނު

Читать полностью…
Subscribe to a channel