qalandhar | Unsorted

Telegram-канал qalandhar - Galandān ގަލަންދާނު

1843

ޢިލްމު އަދި އެއަށް ލޯބިކުރާ ދަރިވަރުންނަށް Notes by, ibn Fahmī Dīdī عفا الله عنه Friends & family

Subscribe to a channel

Galandān ގަލަންދާނު

••

‘Abd al-Mālik al-‘Alwān said: I asked my father about the ruling on the prayer of a woman, whose child pulled her veil (head cover) while she was praying and her head got exposed?

He [Shaykh Sulaymān Al-'Alwān] said:

“Whoever got exposed to what is required for him to cover in prayer, and he covers it immediately, then his prayer is not invalid, because this is a short time and it is not intentional, hence is forgiven. If a woman does not wear her head cover and completes her prayer without it, her prayer is invalid. This is because for the woman, covering her head during her prayer, is a condition for its validity. So if she deliberately did not cover it, the prayer is invalid.

— Shaykh Sulaymān Al-'Alwān (quote)

~ Galandān

Читать полностью…

Galandān ގަލަންދާނު

ޢާޝޫރާ ދުވަހުގެ ރޯދަ އަކީ އެންމެ މަތިވެރި ޢަމަލު ތަކުގެ ތެރެއިންވާ އެއްޗެކެވެ. އަދިކިއެއް؟ އެއީ އިސްލާމް ދީނުގެ އެންމެ ފުރަތަމަ ދައުރު ފަރުޟު ވެގެންވީ އެއްޗެކެވެ. ދެން ރަމަޟާން މަހުގެ ފަރުޟު އާއި އެކު އޭގެ ފަރުޟުކަން ކެނޑި އެހެނަސް އޭގެ މުސްތަޙައްބު ކަން ދެމިއޮތެވެ.

ފަހެ ޞަޙީޙު މުސްލިމް ގައި ޢަބްދު ﷲ ބުނު މުޢައްބަދުއް ޒަމާނީ ގެ ޙަދީޘް ތަކުން، އަބޫ ޤަތާދާ އަރިހުން ނަބިއްޔާ ﷺ އަރިހުން ރިވާވެގެން ވެއެވެ. އިތުރުކަލޭގެފާނު ﷺ ޢާޝޫރާގެ ރޯދަ އާއިމެދު ޙަދީޘް ކުރެއްވިއޭ އެވެ: "أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ" (އެއީފާއިތުވި އަހަރުގެ ކައްފާރާއެއް ކަމުގައި (އެބަހީ: ކުށްފާފަ ފުއްސެެވުމެއް ކަމުގައި) ﷲ ޙަޟުރަތަށް ތިމަންކަލޭގެފާނު އުއްމީދުކުރައްވަމެވެ.)

—ޝައިޚް، އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (މަސްދަރު)

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު


ދުނިޔެވީ ތަހުލީލީ ނަޒަރަކުން، ޙަދީޘު ރިވާޔަތުގެ ސަނަދު ގެ ޢިލްމުގެ ޞައްޙަކަން ދައްކުވައިދޭ އެއް ކަމަކީ، ފަލަކީ ކަންކަން ބަޔާން ކޮށްފައި ހުންނަ ޞައްޙަ ރިވާޔަތްތައް، މިޒަމާނުގެ ފަލަކީ ހިސާބުން ކަށަވަރު ކުރެވުމެވެ.

މީގެ މިޘާލަކަށް، އައްޠަބަރީ އެކަލޭގެފާނުގެ "ތާރީޚު" ގައި، އެކަލޭގެފާނާއި ހަމައަށް އޮތް ސަނަދަކުން ގެންނެވި ޢުމަރުގެފާނުގެ އަވާހާރަވުމުގެ ހާދިސާ ވެއެވެ. އެރިވާޔަތުގައި ވަނީ އެކަލޭގެފާނު އަވަހާރަކޮށްލެވުނީ ހިޖުރައިން 23 ވަަނަ އަހަރުގެ ޛުލް ޙިއްޖާ މަހުގެ ފަހުކޮޅުގައި، ބުދަ ދުވަހެއްގައި ކަމެވެ.

އައްތަަބަރީ އެސަނަދު ގެންނެވީ: ”އަހަރެމެންގާތު: އަޙްމަދު ބުނު ޘާބިތުއް ރާޒީ ވިދާޅުވިޔޭ، ތިމަންމެންގާތު މުޙައްދިޘު ވިދާޅުވިޔޭ، އިސްޙާޤު އިބްނު ޢީސާ އަރިހުން ވިދާޅުވިޔޭ، އަބޫ މަޢްޝަރު ވިދާޅުވިޔޭ... (ދެން މިރިވާޔަތެވެ.)

އަދި ޞައްޙަ ސަނަދަކުން، އިބްނު އަބީ ޢާޞިމް "އަލްއާޙާދު ވަލްމަޘާނީ" ގައި ގެންނަވާފައިވޭ، ޢުމަރުގެފާނު އަވަހާރަކޮށްލެވުނު ދުވަހު އިރުކޭތައެއް ހިފިކަމުގައެވެ. އަދި މިއީ ފަލަކީ ޙާދިޘާއެކެވެ.

މިއީ އިބްނު އަބީ ޢާޞިމް، ޔޫސުފު ބުނު މޫސާ އަރިހުން ސާލާމާ ބުނުލް ފަޟްލު އަރިހުން، މުޙައްމަދު ބުނު އިސްޙާޤު ތިމަންމެންގާތު ވިދާޅުވިޔޭ، އަހަރެންގެ ބައްޕައިބެ އަބްދުއް ރަޙްމާނު ބުނު ޔަސާރު އަހަރެންގާތު ވިދާޅުވިޔޭ... (ދެން މިރިވާޔަތެވެ.)

ވީމާ ސުވާލަކީ: މިބުނެވުނު ތާރީޚުގައި (ހ) އިރުކޭތައެއް ހިފިތޯ އަދި (ށ) މަދީނާގެ މައްޗަށް އެ ފެންނާނެތޯއެވެ.

ފަލަކީ ހިސާބުތަކުން މިކަން ދިމާވެފައިވެއެވެ.

• ޢުމަރުގެފާނަށް ޙަމަލާ ދެވުނީ
26 / 12 / 23هـ ގައެވެ
• ދެމިއޮތުމުމުގެ ޢާލަމަށް ވަޑައިގެންނެވީ
29 / 12 / 23هـ ގައެވެ.

މިތާރީޚު ދިމާވަނީ މީލާދީގޮތުން 644 ވަނަ އަހަރުގެ ނޮވެންބަރު 5 ކަށެވެ.

އަދި ފަލަކީ ހިސާބުން ދައްކާގޮތުން، މިބުނެވުނު ދުވަހުގެ ހެނދުނު 10 އިން މެންދުރުން އަނބުރައި 1:27 އާއި ހަނައަށް އިރުކޭތައެއް ހިފިކަމެވެ. (ފުރަތަމަ ފޮޓޯ)

އަދި މިއީ ޢަރަބި ޖަޒީރާ ސަރަޙައްދަށް އަދި ވަކިން ޚާއްޞަކޮށް މަދީނާގެ މައްޗަށް ފެންނަ ގޮތުގައިކަންވެސް މި ފަލަކީ ހިސާބުތަކުން ކަށަވަރުކުރުވެއެވެ. (ދެވަނަ ފޮޓޯ)

* މަޢުލޫމާތު ނެގިފައިވަނީ: ޓުވިޓަރ (العين الثالثة) އަދި (هيثم طلعت)


~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

`
حَسْبُنَا اللهُ وَنِعْمَ الْوَكِيل، اللهم ثبتـــه...
اللهم فك أسر المأسورين
و فرج كرب المكروبين
وأطلق سراح المظلومين
وردهم إلى أهليهم سالمين غانمين
وعجل بفَرَجِهم
وانتقم ممن ظلمهم

#بدر_المشاري

Читать полностью…

Galandān ގަލަންދާނު

•••
❞ ޤަޥްމެއްގެ މަތިވެރިކަން ބިނާވަނީ، އެހެންޏާ އޭގެ ފަސްގަނޑަށެވެ. ނޫނީ އޭގެ އަހުލުންނަށެވެ. އަދި އޭގެ އަހުލުންނާއި އެވެރިންގެ ޢަމަލުގެ މައްޗަށް އޮންނަ މަތިވެރިކަން، އެބިމުގެ ފަސްގަނޑުގެ މަތިވެރިކަމަށްވުރެ މޮޅުއިތުރެވެ. އެހެނީ، ޖުމްހޫރު ޢިލްމުވެރިންގެ ޤަޥްލުގައި، މަދީނާއަށް ވުރެ މައްކާ މޮޅުއިތުރެވެ. އެއާއި އެކުވެސް، މައްކާއިން ހިޖުރަ ކުޅައުމަށް ﷲ އަމުރުކުރެއްވިއެވެ. އޭގެ މޮޅުއިތުރުކަމާއި އެކުގައިވެސް އެވެ. ސަބަބަކީ އޭގެ އަހުލުންގެ އަނިޔާަވެރިކަމެވެ. އަމުރުކުރެއްވީ މަދީނާއަށް ހިޖުރަކުޅައުމަށެވެ. އަދި އެތަނުގެ މޮޅުއިތުރުކަންވީ، އޭގެ އަހުލުންނާއި އެވެރިންގެ ޢަމަލުގެ ސަބަބުންނެވެ. ❝

— ޢަބްދުލް ޢަޒީޒު ބުނު މަރްޒޫޤުއް ޠަރީފީ (ބަސްކޮޅު)


~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

#حديث_صحيح

«أكثرُ منافقي أُمَّتِي قُرَّاؤُها» (ތިމަންކަލޭގެފާނުގެ އުއްމަތުގެ މުނާފިޤުންގެ ގިނަބައިގަނޑީ އޭގެ ޤާރީ ވެރިންނެވެ.)⁽¹⁾

އަލްޙާޔިކު ވިދާޅުވިއެވެ:

❞ އަހަރެން ދެކެނީ، މިއީ (ޞައްޙަކަމުގައި) ޙަސަން ޙަދީޘެއް ކަމުގައެވެ.

މިޙަދީޘާއި މެދު، އިމާމް މާލިކު ވިދާޅުވިއެވެ: ”ފަހެ އެމީހެއް ފުށު ހެވެއް ނުވާ މީހެއް، ޤުރުއާން ކިޔަވަފާނެއެވެ. މިޒަމާނުން މިފެންނަ ޙަޤީޤަތީ، މިޙަދީޘް ގެ މާނައިގެ ޞައްޙަކަމުގެ މައްޗަށްވާ ސާފު ދަލީލެއް ފަދައެވެ. “

އަދި އިހުގެ ބޭފުޅުންގެ ބަސްތަކުން އައިސްފައި ވެއެވެ: ”ހަމަކަށަވަރުން، އެވެރިންގެ ފިޤުހުވެރީން މަދު، ޤާރީވެރިން ގިނަ، އެއިރެއްގައި ޤުރުއާނުގެ އަކުރުތައް ހިތުދަސް ކޮށް، އޭގެ ޙައްދުތައް ދޫކުރަނިވި ޒަމާނެއް، މީސްތަކުންގެ މައްޗަށް އަންނާނެތެވެ.“ ❝

އިބްނު ޢަބްދުލް ބައްރު، "އަލްއިސްތިޒްކާރް" (8/91 10582) ގައި، މިޙަދީޘް ޛިކުރު ކުރެއްވުމަށް ފަހު ވިދާޅުވިއެވެ:

”އަހަރެމެންގެ މިޒަމާނުގައި ޝަހަރުތަކާއި އެނޫން ތަންތަނުގައި ޤުރުއާން ތިލާވަތް ކުރުން ގިނަވެ އެހެނަސް އެޤުރުއާނުގެ ޙައްދުތައް ވީއްލި، އޭގެ އަހުލުންގެ ފާސިޤުވުން ތިބާއަށް ⌝ހެއްކަކަށް⌜ ފުދެއެވެ. ﷲ ގަންދީބުނަމެވެ. އެއިލާހުގެ ޙިމާޔަތާއި ތަޥްފީޤަށް އަދި ރަޙްމަތަށް އެދެމުއެވެ. އެހެނީ އެއީ އެއިލާހުފުށުން ⌝އެކަނި⌜ ވާ އެއްޗެކެވެ. އެއިލާހަށް ޝަރީކަކު ނުވެއެވެ.“


އަހަރެން (އަލްޙާޔިކް) ބުނަމެވެ: ”އެކަލޭގެފާނަށް އަހަރެމެންގެ މިޒަމާން ފެނިވަޑައިގެންނެވިނަމަ، ކޮންފަދައަކުން ވެލެއްވީހެވެ؟

ولا حول ولا قوة إلا بالله.“


— އައްޝެއިޚް އަލްމުޙައްދިޘް ޑރ. ޚާލިދުލް ޙާޔިކު

~ ގަލަންދާނު


-----------------
[1] ރިވާކުރެއްވީ އަޙްމަދާއި އަލްބައިހަޤީ އާއި އައްޠަބަރާނީ، އަދި އެނޫން ބޭފުޅުންނެވެ. އައްސަޢްދު ވިދާޅުވިއެވެ: ” ⌝ގިނަ⌜ މަގުތަކަކުން އެ ރިވާވެފައިވެއެވެ. ފަހަރެއްގައި އެކަތި އަނެކަތިން އެވަރުގަދަ ކޮށްދެވިދާނެއެވެ.“ އަލްއަރްނައޫތާއި އަލްއަލްބާނީ އަދި އެނޫން ބޭކަލުން އެ ޞައްޙަކުރެއްވިއެވެ.

Читать полностью…

Galandān ގަލަންދާނު

އަޅައިކިޔުމެއް: އިސްލާމް ދީނާއި ޑިމޮކްރަސީ ⁽2⁾

Читать полностью…

Galandān ގަލަންދާނު

📌 ޒުހުދުވެރިކަމާއި ހިތުގެ ބައެއް ފަރުވާ

އައްޝާފިޢީ ވިދާޅުވިއެވެ: ”މީސްތަކުންގެ ތެރެއިން ޤަދަރުވެރިކަމުގައި އެންމެ މަތިވެރީ އެމީހެއްގެ ޤަދަރުވެރިކަން ނުދެކި ހުންނަ މީހާއެވެ. އަދި އެއުރެން ތެރެއިން ފަޟުލުވެރިކަން އެންމެ ގިނަވެގެންވަނީ، އެމީހެއްގެ ފަޟުލުވެރިކަން ނުދެކި ހުންނަ މީހާއެވެ.“ (سير أعلام النبلاء 10/99)

އިބްނުލް ޖަޥްޒީ: ”ހިތްތައް ލެއްވެވިފައިވަނީ އެއަށް ހެޔޮކޮށް ހިތާ ފަރާތަކަށް ލޯބިވާ ގޮތުގައެވެ. އެހެންކަމުގައި ވާހިނދު، ﷲ ނޫން އިޙްސާންތެރި ފަރާތެއް ވާކަމަށް ނުދެކޭ މީސްތަކުން ތެރޭ މީހެއް، އެކީ އެއްކޮށް އެއިލާހަށް ނުލެބި ވުމުގެ ޢަޖާއިބުކަމާއެވެ.“ (التبصرة 1/311)


އިތުރުއެކަލޭގެފާނުން ﷺ ޙަދީޘް ކުރެއްވިއެވެ: «كُنْ فِي الدُّنْيَا كَأَنَّكَ غَرِيبٌ» (މިދުނިޔެމަތީގައި ތިބާއަކީ ބީރައްޓެއްސެއްފަދައިން ވާށެވެ.) އަލްކަރްމާނީ ވިދާޅުވިއެވެ: «كَأَنَّكَ غَرِيبٌ» ”މިއީ އެތަކެއް ނަޞޭޙަތްތަކެއް ޖަމަޢުވެގެންވާ ބަސްފުޅެކެވެ. މީހުންތެރޭ އޭނާ ނޭގުމުގެ ސަބަބުން ބީރައްޓެހިވެއްޖެ މީހެއް ނަމަ، ޙަސަދަ އާއި ޢަދާވަތްތެރިކަމާއި، ރުޅިވެތިކަމާއި ނިފާޤުވެސް މަދުވާނެތެވެ.“ (عمدة القاري 23/50)

ޙަދީޘް: «ازْهَدْ فِي الدُّنْيَا يُحِبُّك اللهُ، وَازْهَدْ فِيمَا عِنْدَ النَّاسِ يُحِبُّك النَّاسُ»
”ތިބާ ދުނިޔެމަތީގައި ޒުހުދުވެރި⁽¹⁾ ވާށެވެ. އޭރުން ﷲ ތިބާދެކެ ލޯބިވެވޮޑިގަންނަވާނެއެވެ. އަދި މީސްތަކުންގެ އަތުގައިވާ ތަކެއްޗަށް ޒުހުދުވެރި ވާށެވެ. (އެދުމުން ދުރުހެލިވާށެވެ.) އޭރުން މީސްތަކުން ތިބާދެކެ ލޯބިވާނެއެވެ.“

”(މިރިވާޔަތް ޞައްޙަކަމުގައި) ޙަސަން އެވެ. އޭގައި މައްސަލައެއް ނެތެވެ. އަދި މިއީ އައްނަވަވީ ގެ ސާޅީސް ޙަދީޘް ގެތެރެއިންވާ ޙަދީޘެކެވެ. އަދި އޭގެ މާނައަކީ: ދުނިޔެއަށް ޒުހުދުވެރިވާށޭ، އެބަހީ: ﷲ ތިބާގެ މައްޗަށް ޙަރާމް ކުރެއްވި ތަކެތީންނެވެ. އަދި ތިބާ އާޚިރަތުގެ (ހަނދުމައިން) ދުރުކުރާ ތަކެތީންނެވެ. އަދި މިފަދައިން މީސްތަކުން ގާތު ވާ އެއްޗަކުންވެސް ޒުހުދުވެރި ވުމެވެ. ތިބާ އެކަމަކަށް ޟަރޫރަތް ޖެހި ޙާޖަތް ފުދޭ މިންވަރަށް މެނުވީ ނުއެދޭށެވެ.“ — އިބްނު ބާޒް


— އައްޝައިޚް އަލްމުޙައްދިޘް ޑރ. މާހިރް އަލްފަހްލު (ދުވަހުގެ ފައިދާ)

~ ގަލަންދާނު

______________

⁽¹⁾ ”ޒުހުދުގެ މާނަ އެކި ޢިލްމުވެރިންގެ ގާތުގައި ތަފާތުވެގެންވެއެވެ. މިގޮތުން ބައެއް ޢިލްމުވެރިންގެ ގާތުގައި ޒުހުދުގެމާނައަކީ ޙަސަދައާއި، ކިބުރުވެރިކަމާއި، ދަހިވެތިކަމުން ސަލާމަތްވެފައިވާ ހިތެއްގެ ވެރިޔަކަށް ވުމެވެ. އަދި ދުނިޔެވީ ޙަޔާތަކީ ވަޤުތީ ޙަޔާތެއްކަމާއިމެދު ޣާފިލުވެގެންނުވުމެވެ.“ (މަޞްދަރު)

Читать полностью…

Galandān ގަލަންދާނު

••
މިއީ ގާތް މުސްތަޤުބަލެއްގައި ޝާއިޢު ކުރުމަށް ގަސްދުކުރެވިފައިވާ ސިލްސިލާ "ފައިދާތައް" ، މިސިލްސިލާގެ 42 ވަނަ ފައިދާ. މިއީ އިބްނު ރަޖަބް رحمه الله ގެ "ޖާމިޢުލް ޢުލޫމި ވަލް ޙިކަމް" އޭ ނަންގަނެވުނު ފޮތުގެ ދަށުން ހޮވާލެވޭ މުތްތަކެއް. ދުޢާ އަކީ އެ ސިލްސިލާ ނިންމައި ޝާއިޢު ކުރުމުގެ ތަޥްފީޤު ﷲ މިންވަރު ކުރެއްވުން.

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

هل ترانا نلتقي ؟
އަހަރެމެން ބައްދަލުވާނޭކަމަށް ތިބާ ދެކެމުހެއްޔެވެ؟

Video [dhivehi subs] :

https://halturana.netlify.app/

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

”އުފާވެރިކަމުގެ ވިންދުތައް“ — ޢުމަރް އައްސަނަދީ

~ ގަލަންދާނު

🔻🔻

Читать полностью…

Galandān ގަލަންދާނު

🔻
މުޤައްޔަދު (ހިފެހެއްޓިފައިވާ) ތަކްބީރު: ހައްޖު ވެރީން ނޫން މީހުންނަށް ޢަރަފާތް ދުވަހުގެ ފަތިސް ނަމާދުން ފެށިގެން މިތަކްބީރު ކިޔުމުގެ ސުންނަތް ވަނީ ފެށިފައި.

• ކޮންމެ ނަމާދެއް ނިމި ޛިކުރު ތަސްބީޙައަށް ފަހު އަމިއްލަ ނަފްސަށް ތަކްބީރު ކިޔުން

• ތަކްބީރު ކިޔުމަށް ބޭނުން ކުރެވިދާނޭ ބަޔެއް ލަފުޒުތައް:

‏ހ.
(اللَّهُ أَكْبَرُ ، اللَّهُ أَكْبَرُ ،اللَّهُ أَكْبَرُ كَبِيرًا)

ށ.
‏ (اللَّهُ أَكْبَرُ ، اللَّهُ أَكْبَرُ ، لَا إلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ ، اللَّهُ أَكْبَرُ، وَلِلَّهِ الحَمْدُ)

ނ.
‏ (اللَّهُ أَكْبَرُ كَبِيرًا، اللَّهُ أَكْبَرُ كَبِيرًا، اللَّهُ أَكْبَرُ وأَجَلُّ، اللَّهُ أَكْبَرُ وَلِلَّهِ الحَمْدُ)

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

އެކަހެރި ޢަޒާބު

ހިމޭންކަމު ޢަޒާބުން ދެވޭތަދު މިވޭނުން
ޖަހާދުޅަ ލެޔާވުން ނެތޭވުން މިظلمން

ހިތާމައިން މަފޯވުން ނެތީއަދު ތިޔާރުން
ހަޅޭއްތޯ ލަވަންވީ އެހީއެއް ވިބޭނުން

ވަނީމާތް ތަވައްކަލް އިޖާބެއް ޔަޤީނުން
އުފާވުން ވެޞާބިރު ނިމޭމުއް ތަޤީނުން

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

📚 ”ޛުލް ޙިއްޖާ މަހުގެ ދިހަ ދުވަހުގެ ތެރޭ ޝަރުޢު ވެފައިވާ އަޅުކަންތައް، ދެ ބަޔަކަށް ބެހެއެވެ:

⓵ މި ދުވަސްތަކުގައި މެނުވީ ޝަރުޢުވެގެން ނުވާ ވަކި ޚާއްޞަ އަޅުކަން ތައް؛ ޙައްޖު އާއި އުޟްޙިޔާ އަދި — ވަކި ޚާއްޞަ ސިފަޔެއްގައި ކިޔޭ — ތަކްބީރު ފަދަ.

⓶ މި ދުވަސްތަކާއި އެހެނިހެން ދުވަސްތަކުގައިވެސް ޢާންމު ގޮތެއްގައި ޝަރުޢުވެގައިވާ އަޅުކަންތައް؛ (ސުންނަތް) ރޯދަ އާއި ނަމާދާއި އަދި އެންމެހާ ކުއްތަން ވުމުގެ ޢަމަލުތައް — އެހެނީ މިތަކެތި ވަނީ މިދުވަސް ތަކަށް (އޭގެ މޮޅު އިތުރުކަން) ކަށަވަރުވެފާއި.“

ޝެއިޚް ޢަބްދު الله އައްސަޣްދު

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

އިންފޮގްރެފިކްސް: ތަކްބީރު ކިޔުމުގެ ދަނޑިވަޅުތަކާއި އޭގެ ޞީޣާ

Читать полностью…

Galandān ގަލަންދާނު

އިންފޮގްރެފިކްސް: ޢާޝޫރާ ދުވަހުގެ ރޯދަ

Читать полностью…

Galandān ގަލަންދާނު


ހަމަ އެފަދައިން، އަލްބުޚާރީ އާއި މުސްލިމް ރިވާކުރެއްވި ކޭތަޔާއިބެހޭ ޙަދީޘު، ފަލަކީ ހިސާބާއި ދިމާވެއެވެ.

އެޙަދީޘުގައި ވަނީ އިރުކޭތަ ހިފީ ހެނދުނެއްގަޔޭ، އަދި އެއީ ރަސޫލު ﷲ ﷺ ގެ ދަރިކަލުން އިބްރާހީމް އަވަހާރަވި ދުވަސްކަން ރިވާޔަތްތައް ޖަމްޢު ކުރުމުން އެނގެއެވެ. ވީމާ މިއީ ނަބިއްޔު ﷺ ޙަޔާތްޕުޅުގެ ފަހުކޮޅުގައެވެ.

ފަލަކީ ހިސާބުން ދައްކަނީ މަދީނާގެ ސަރަހައްދަށް، މީލާދީން 632 ވަނަ އަހަރު ، ޖެނުއަރީ 27 ވީ ދުވަހުގެ ހެނދުނު 7:45 އިރުކޭތައެއް ހިފާފައިވެއެވެ. މިއީ ހިޖުރީ ގޮތުން ހިސާބުކުރެވޭގޮތުގައި، 29 ޝައްވާލް 10ހ. އެވެ.

* މަޢުލޫމާތު ނެގިފައިވަނީ (العين الثالثة)



އަހަރެން ބުނަމެވެ: މި މިޘާލުތަކުން ޘާބިތުވާ އަނެއްކަމަކީ، "ވަށް" ދުނިޔެއަކާއި ފަލަކުގައި އެނބުރެމުންދާ ހަނދާއި އިރުގެ އަސާސުގެ މައްޗަށް ބިނާވާ ފަލަކީ ހިސާބު ދިމާވުމެވެ. ނަތީޖާއަކީ: ދުނިޔޭގެ ވަށް ކަމުގެ މައްޗަށް ޙަދީޘު ސަނަދުން ވެސް ކަށަވަރުކަން ލިބުމެވެ. (މިއާއިއެކު، އެއް ޢިލްމުވެރިއަކަށް ވުރެ ގިނަ ބޭކަލުން ދުނިޔޭގެ ވަށް ކަމުގެ މައްޗަށް އިޖުމާޢުވެސް ގެންނެވިއެވެ.)

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

ފަލަކީ ޙާދިޘާ ތަކުގެ ރިވާޔަތްތައް ފަލަކީ ހިސާބުން ޘާބިތުވުން.

🔻🔻

Читать полностью…

Galandān ގަލަންދާނު

•ޖާހުން ކުރިފަޅުވާ ޙަސަދަ

❞ ނަފްސުގައި އަމިއްލަ ޤަދަރަށް ލޯބި ވަކިހިއްޕާ ވަރަކުން(¹) ޙަސަދަވެރިކަން (އެނަފްސުގައި) ވަކިހިއްޕުވައެވެ. އަދި ފިތުނާގައި ލައިގަނެފައިވާ ނަފްސުތަކަށް އަނެކުންގެ ކުށްތަކަށް މިޙަސަދަ މަގުކޮށައި އަލިކުރުވައެވެ. މިގޮތުން، ޖާހަށް ވާ ލޯބިން، ޙަސަދަ އިންދައެވެ. އަދި ޙަސަދައިން މީސްތަކުންގެ ޢައިބުތަކަށް ލޯއެޅުން މޫލައްވައެވެ. [އިމާމު] އަޙްމަދު ވިދާޅުވި ފަދައިންނެވެ: “ވެރިކަމަށް ލޯބިކުރާމީހާ، މީސްތަކުންގެ ޢައިބުތައް ބަލައިހޯދައެވެ.“ ❝ (²)

-------
[1] "އަމިއްލަ ޤަދަރަށް ލޯބިކުރުން" މިއަށް ކިޔަނީ: (އަމިއްލަ) ޖާހަށްވާ ލޯބި، ދިވެހި ބަސްފޮތުގެ ޖަވިޔަނީގެ ރަދީފުގައި، ޖާހު: ޤަދަރު، ޢިއްޒަތް މިއެވެ.
[2] އަހަރެން ބުނަމެވެ: އަހަރެންގެ ޝެއިޚު ޞާލިހުއް ސޫމާލީ އަހަރެން ގާތު ވިދާޅުވިއެވެ: “މަސްއޫލިވެރިޔެއްގެ ކުށްތައް މީސްތަކުން ތެރޭ ދައްކައި އުޅޭނީ އެ މަޤާމަށް ދަހިވެތިވާ މީހެކެވެ. އެނޫންނަމަ ނަޞީޙަތް ދިނީހެވެ.“ އަހަރެން ބުނަމެވެ: މިކަން ޖުމްލަކޮށް މިފަދަ އެންމެހާ ކަމެއްގައި ޝާމިލުވެފައިވެއެވެ.

-------

•ކިބުރުވެރިކަން

❞ އަދި ޖާހަށްވާ ލޯބީގެ ފިތުނާގައި ޖެހިއްޖެ މިހާ، (އެނޫން) ދެޠަބީޢަތަކުން ފިތުނަޖެހެއެވެ. އަދި މިދެޠަބީޢަތް ކުރިފަޅުވަނީ މިއަމިއްލަ ޖާހަށްވާ ލޯބީގެ މަތީގައެވެ. އަދި އޭނާގެ ވަށައި އެދޭތި މޫލައެވެ:
ފުރަތަމައީ: ޙަސަދަ އެވެ.
ދެވަނައީ: ކިބުރެވެ.

އަދި ޖާހާއި ކިބުރާއި ޙަސަދަ، މިތަކެއްޗަކީ، މަގުފުރެދުމާއި އަނިޔާވެރިކަމުގެ (އުނދުނުގެ) ތިން ބުޑެވެ. ❝

[އަދި ކިބުރަކީ ކަމެއްގެ ޙަޤީޤަތުގެ މައްޗަށް އިސްކުރާ ނަފްސުގެ ކޮންމެ ޝުޢޫރެކެވެ. ދަލީލަށް ލޯމަރައެވެ. އަދި ބުއްދިއަށް ޖެހޭ ބަލިތަކުގެ ތެރޭގައި ޙަކީމުން ކިބުރު ގެންނަވާފައިވެއެވެ. އެހެނީ އެބަލި ޖެހިއްޖެނަމަ ބުއްދި ކޮށި ކުރުވައެވެ. އަދި ޙަޤީޤަތް އޮޅިދެއެވެ.]


•ނަފުރަތު•

❞ނަފުރަތަކީ ޙަސަދައިގެ މޭވާއެވެ. މީސްތަކުންގެ ލޯމައްޗަށް ފެންނަނީ އެމޭވާއެވެ. އަދި އޭގެ އަޞްލެއް ނުފެނެއެވެ. ގިނަފަހަރަށް ހީކުރެވެނީ އެނަފުރަތުތަކީ ﷲ އަށްޓަކައިވާ އެއްޗެއް ކަމުގައެވެ. އެހެނަސް (އެމޭވާގެ ޙަޤީޤަތަކީ) އަމިއްލަ ނަފްސުތަކަށްޓަކައި ކަމެވެ. އިތުރުއެކަލޭގެފާނުން ﷺ ޙަދީޘް ކުރެއްވިއެވެ: «الحسد والبغضاء هي الحالقة حالقة الدين» (ޙަސަދަ އާއި ނަފުރަތަކީ ކުރަފައްޗެވެ. (ކުރަފަތިން އިސްތަށި ބާލާފަދައިން) އެއިން ދީން ބާލައެވެ.) ❝

— އައްޠަރީފީގެ “الفصل بين النفس والعقل“ މިފޮތުން.

ނޯޓް: މިފޮތުން ހޮވާލެވޭ މުތްތަކުގެ ސިލްސިލާއެއް، "ނަފްސާއި ބުއްދީގެ ހަނގުރާމަ" މިނަމުގައި ޝާއިޢު ކުރުމަށް ގަސްދުކޮށް ދިވެހިބަހަށް ތަރުޖާމާކޮށްފައި ވާނެއެވެ.


~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

#حديث_صحيح

އަލްޢަލްވާން މިރިވާޔަތާއިމެދު ވިދާޅުވިއެވެ: “އޭގެ ސަނަދު ވަރުގަދައެވެ.“

އަލްޙާޔިކް ވިދާޅުވިއެވެ:

(އެއީ) "ޙަސަން" ޙަދީޘެކެވެ. ރިވާކުރެއްވީ އަޙްމަދު އެކަލޭގެފާނުގެ "މުސްނަދު" ގައެވެ. އަދި އިބްނު ޙިއްބާން އެކަލޭގެފާނުގެ "ޞަޙީޙް" ގައި، އަދި ޢަބްދު ބުނު ޙުމައިދު، އެކަލޭގެފާނުގެ "މުސްނަދު" ގައި، އަދި އައްދާރިމީ އެކަލޭގެފާނުގެ "މުސްނަދު" ގައި، އަދި މިނޫންބޭކަލުންވެސް މެއެވެ. އެއީ ސަޢީދު ބުނު އަބީ އައްޔޫބުގެ މަގުން، ވިދާޅުވިޔޭ: އަހަރެންގާތު ކަޢްބު ބުނު ޢަލްޤަމާ ވިދާޅުވިޔޭ، ޢީސަ ބުނު ހިލާލް އައްޞަދަފީ އަރިހުން، ޢަބްދު ﷲ ބުނު ޢަމްރުގެ އަރިހުން، ނަބިއްޔު صلى الله عليه وسلم ގެ އަރިހުން، އެކަލޭގެފާނަށް އެއްދުވަހަކު (ފަރުޟު) ނަމާދާއިމެދު ނަންގަނެވުމުން، ދެން ޙަދީޘް ކުރެއްވިޔޭ... [ދެން މިޙަދީޘު]

އަހަރެން (އަކްޙާޔިކު) ބުނަމެވެ: އޭގެރާވީންނީ މަޝްޙޫރު އަދި އިތުބާރުވެރި (ޘިއްޤާ) ރާވީންނެވެ. އެހެނަސް އޭގެން ޢީސަ ބުނު ހިލާލުއް ޞަދަފިއްޔު މެނުވީއެވެ. އޭނާގެ ޙާލަތު ސާފުކޮށް އެނގޭންނެތެވެ. އެއާއެކު އޭނާގެ ޙަދީޘުތައް މުންކަރެއް ނޫނެވެ. ވީމާ އެފަދަމީހުންގެ ޙަދީޘު "ޙަސަނު" ދަރަޖަކުރެވެއެވެ. — اهــ.

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

#حديث_ضعيف

❞ މިޙަދީޘް: «مضى عهد النوم يا خديجة» (އޭ ޚަދީޖާއޭ، މިހާރު ނިދައިއަރާމުކުރުމުގެ ދުވަސްތައް ހިނގައްޖެއޭ) — އެއްވެސް ސުންނަތުގެ ފޮތަކުން އަހަރެންނަށް ފެނިފައެއް ނުވެއެވެ. ❝

— އައްޝެއިޚް އަލްމުޙައްދިޘް ޢުމަރު ބުނުލް މުޤްބިލް (މަސްދަރު)


އަހަރެން ބުނަމެވެ: ”ފީ ޡިލާލިލް ޤުރުއާނި“ ގެ ދެ ދަނޑިވަޅެއްގައި ސައްޔިދު ޤުޠުބު، މިޙަދީޘު މަޞްދަރަކާއި ނުލައި ޛިކުރު ކުރައްވާފައިވެއެވެ.

އެފޮތް ތަޚްރީޖު ކުރެއްވި، ޢަލަވީ އައްސައްޤާފް އޭގެން ފުރަތަމަ ދަނޑިވަޅުގައި (1/ 76) ވިދާޅުވިއެވެ: “އަހަރެންނަށް އެޔެއް ނުހޯދުނެވެ.“ އަދި ދެވަނަ ދަނޑިވަޅުގައި (6/3744) ވިދާޅުވިއެވެ: “ނުހަނު ބޮޑަށް ބަލައިހޯދައިގެންވެސް އަހަރެންނަށް އެޔެއް ފެނިފައި ނުވެއެވެ. އަދި އަހަރެންގެ ނަޒަރުގައި، ގާތްވެގެންވާ ގޮތަކީ އެއީ ޙަދީޘެއް ނޫން ކަމެވެ.“


~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

އަޅައިކިޔުމެއް: އިސްލާމް ދީނާއި ޑިމޮކްރަސީ ⁽1⁾

Читать полностью…

Galandān ގަލަންދާނު

••

❞ އުފަންވާ ދަރީގެ ކަންފަތް ދޮށުގައި ބަންގި ގޮވުމާއިމެދު ވާރިދުވެފައިވާ ޙަދީޘު ޟަޢީފެވެ. އެޔެއް ނަބިއްޔު ﷺ އަރިހުން، ޞައްޙަގޮތުގައި ވާރިދުވެފައި ނުވެއެވެ. ހަމައެފަދައިން، ތުއްތު ކުއްޖާގެ ކަންފަތް ދޮށުގައި ޤަމަތްދިނުމުގެ ކަންތަކުގައިވެސް، ރަސޫލު ﷲ ﷺ އަރިހުން ޙަދީޘެއް ޘާބިތުވެގެން ނުވެއެވެ. މިކަމުގައި އައިސްފައިވާ އެންމެހާ ޚަބަރެއްވެސް، މުންކަރެވެ. (ޞައްޙަތަކެއްޗާއި ޚިލާފުވެ ސަނަދު ބަލިކަށްޓެވެ.) ❝

— އައްޝައިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން (ބަސްކޮޅު)


~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

` • ގަލަންދާނު •

Читать полностью…

Galandān ގަލަންދާނު

📌 ޢީދު މަރައި ނުލާށެވެ!

ހިތްދަތި މަދަހަ ތަކާއި ޢިބާރާތްތަކުން ޢީދުގެ އުފާވެރިކަން މަރައި ނުލާށެވެ. އަދި ހިތާމަވެރިކަން ގެނުވާ ޙާލަތްތަކަށް ގޮވުމުންވެސް މެއެވެ. އެހެނީ މި މާތްވެގެންވާ ޢީދުގައި އުފާ ފާޅުކޮށް ހިތްއުފާ ކުރުމަކީ ދީނުގެ ތެރެއިން ވާ ކަމެކެވެ.

ފަހެ ރަސޫލު ﷲ ﷺ ވީ މީސްތަކުންގެ ތެރެއިން އެބޭކަލަކަށް، އެބޭކަލެއްގެ އަހުލުންނާއި އަޞްޙާބުންނާއި އުއްމަތް އެންމެ ބޮޑަށް އިމްތިޙާނު ކުރެވުނު ބޭކަލަށެވެ. އަދި މިއާއި އެކުވެސް، ޢީދު ދުވަހު އެކަލޭގެފާނު އުޖާލާ ކަމާއި އުފާވެރިކަން ފާޅުކުރައްވައެވެ.

އަދި އެންމެ ހައިރާން ކުރުވަނިވި އެއްކަމަކީ، ބައެއް މީހުން ﷲ އެއަކަށް އަމުރެއް ދެއްވާފައިނުވާ މުސްލިމުން ނޫން މީހުންގެ މުނާސަބާތަކުގައި އުފާވެރިކަން ފާޅުކުރާކަމެވެ. ނުވަތަ ޢާއިލީ އަދި މިޒާތުގެ އުއްމަތާއި ނުގުޅޭ ކަންކަމުގައި އެބައިމީހުންގެ ރޫހުގެ ތާޒާކަން ދައްކައެވެ. އެހެނަސް އިސްލާމީ ޝަރީޢަތް އެއަކަށް ގޮވާލާ މުސްލިމުންގެ ޢީދެއް އައުމާއި އެކު، އެވެރިން މޯޅިވެއެވެ. އަދި މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކާއި އާފާތްތަކާއި ހިތާމަތަށް ހަނދުމަކުރާން ފަށައެވެ.

ولا حول ولا قوة إلا باللّٰه.


— އައްތަޛްކިރާ


~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

އަލްއިމާމް އިބްނު ރަޖަބުލް ޙަންބަލީ ވިދާޅުވިއެވެ:

❞ ليس العيد لمن لبس الجديد
ޢީދުވަނީ އައު ހެދުން ލާ މީހަކަށް ނޫނެވެ.
إنما العيد لمن طاعاته تزيد
ހަމަކަށަވަރުން ޢީދުވަނީ، އެމީހެއްގެ ކިޔަމަންގަތުންންތައް އިތުރުވާ މީހަކަށެވެ.

ليس العيد لمن تجمَّل باللباس والركوب
ޢީދުވަނީ އެމީހެއްގެ ހެދުމާއި ސަވާރީ ޒީނަތްތެރިކޮށްފި މީހަކަށް ނޫނެވެ.
إنمـا العـيد لمن غفرت له الذنوب
ހަމަކަށަވަރުން ޢީދުވަނީ، އެމީހަކަށް އެމީހެއްގެ ފާފަތައް ފުއްސެވިއްޖެ މީހަކަށެވެ.

ޢީދު ވިލޭރޭ، ޚަލްޤުތަކުން (ނަރަކައިން) މިންޖުކުރެވެއެވެ. އަދި އަޅުވެރިޔާއަށް ފާފަ ފުއްސެވެއެވެ. ފަހެ އެއިން މިންވަރެއް ނަސީބުވެއްޖެ މީހާ ދަންނައެ، ޢީދު އެވަނީ އެމީހަކަށެވެ. އެނޫންނަމަ އެއީ ދުރަށް އެއްލާލެވިފައިިވާ މީހެކެވެ.

— ލަޠާއިފުލް މަޢާރިފް (1/277)


~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

❗️
* އެންމެ ލަސްވެގެން ފަތިސް ވުމުގެ ކުރިން ޢަރަފާތް ދުވަހުގެ ރޯދައަށް ނިޔަތް ގަންނަންޖެހޭ ނެއެވެ. *

ނިޔަތް ނުގަނެވިއްޖެ މީހާ، އެދެވިގެންވަނީ ސުންނަތް ރޯދައެއް ގޮތުގައި ރޯދައަށް ދުވާލު ނިޔަތް ގަނެ ރޯދަ ހިފުމެވެ.

Читать полностью…

Galandān ގަލަންދާނު

🔺ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މަތިވެރިކަން
~ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

🔻
މުޤައްޔަދު (ހިފެހެއްޓިފައިވާ) ތަކްބީރު: ހައްޖު ވެރީން ނޫން މީހުންނަށް ޢަރަފާތް ދުވަހުގެ ފަތިސް ނަމާދުން ފެށިގެން މިތަކްބީރު ކިޔުމުގެ ސުންނަތް ވަނީ ފެށިފައި.

• ކޮންމެ ނަމާދެއް ނިމި ޛިކުރު ތަސްބީޙައަށް ފަހު އަމިއްލަ ނަފްސަށް ތަކްބީރު ކިޔުން

• ތަކްބީރު ކިޔުމަށް ބޭނުން ކުރެވިދާނޭ ބަޔެއް ލަފުޒުތައް:

‏ހ.
(اللَّهُ أَكْبَرُ ، اللَّهُ أَكْبَرُ ،اللَّهُ أَكْبَرُ كَبِيرًا)

ށ.
‏ (اللَّهُ أَكْبَرُ ، اللَّهُ أَكْبَرُ ، لَا إلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ ، اللَّهُ أَكْبَرُ، وَلِلَّهِ الحَمْدُ)

ނ.
‏ (اللَّهُ أَكْبَرُ كَبِيرًا، اللَّهُ أَكْبَرُ كَبِيرًا، اللَّهُ أَكْبَرُ وأَجَلُّ، اللَّهُ أَكْبَرُ وَلِلَّهِ الحَمْدُ)

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

”ހެޔޮ ޢަމަލުތައް“ (2)

 مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهِنَّ أَحَبُّ إِلَى اللَّهِ مِنْ هَذِهِ الْأَيَّامِ الْعَشْرِ
”މިދިހަ ދުވަހަށްވުރެ ، ހެޔޮ ޢަމަލުކުރުން މާތް الله ގެ ޙަޟްރަތަށް ލޮބުވެތިކަން ބޮޑު ދުވަސްތަކެއް ނުވެއެވެ.“ (ޙަދީޘް)

~ ގަލަންދާނު

Читать полностью…
Subscribe to a channel