🔻 ހިތްމަރުނުވެ، އަޒުމުވަރުގަދަކުރާށެވެ.
#حديث_صحيح
«لاتزال طائفة من أمتي على الحق...»
(ތިމަންކަލޭގެފާނުގެ އުންމަތުގެ ބައިގަނޑެއް ޙައްޤުގެ މަތީގައި ފާޅުވެތިބޭނެއެވެ...) ⁽¹⁾
❞ އެކަލޭގެފާނު ﷺ ޚަބަރުދެއްވީ އެވެރިންނާއި ދެކޮޅުވެރިވާނޭ އަދި ބޭވަފާތެރިވާނޭ ބަޔަކު ވާނެކަމެވެ. އެއީ އެދެކޮޅުވެރީންގެ ބިދުޢައިގެ ސަބަބުން އެވެރިން ހިތްމަރުނުވުމަށްޓަކައެވެ. އަދި މަގުފުރެދިޔަ ނުދިނުމަށްޓަކައެވެ. އަދި މިއީ އެވެރިން ޘާބިތުވެތިބުމަށް ހުރި ގޮތްތަކުން ގޮތެކެވެ. ❝ — އަލްޢަލްވާން
~ ގަލަންދާނު
-----------------------
[1] އަލްޢަލްވާން ވިދާޅުވިއެވެ: މިޙަދީޘް (لا تزالُ طائفةٌ مِن أُمَّتي على الحقِّ ظاهرين...) ފަނަރަވަރަކަށް ވުރެ މަދުނޫން ޞަޙާބީންތަކެއް އަރިހުން ވާރިދުވެފައިވެއެވެ. އޭގެން (ބައެއް ރިވާޔަތުގައި) އިތުރުވެފައިވާ ބައި [حتى يُقاتل آخرهم الدَّجال] (އެވެރިންގެ ތެރެއިން އެންމެ ފަހުންވާ މީސްތަކުން ދައްޖާލުއާއި ހަނގުރާމަ ކުރުމަށްދާންދެނޭ) — ފަހެ މި (އިތުރުވެފައިވާ) ބައި، ޝާއްޛަ އެވެ. (ބަލިކަށްޓެވެ.)
ޖުމްލަގޮތެއްގައި މިޙަދީޘްގައި ވަނީ: (لا تزال طائفة من أمتي ظاهرين على الحق، يقاتلون في سبيل الله, لا يضرهم من خذلهم ولا من خالفهم حتى تقوم الساعة) ”ތިމަންކަލޭގެފާނުގެ އުންމަތުގެ ބައިގަނޑެއް ޙައްޤުގެ މަތީގައި ފާޅުވެތިބޭނެއެވެ. ﷲ ގެ މަގުގައި ޖިހާދުކުރުން މަތީގައެވެ. އެވެރިންފުށުން އަތްފޮޅާ ބަޔެއްގެ ފުށުންވިޔަސް، އަދި ދެކޮޅުވާބަޔެއްގެ ފުށުންވިޔަސް އެވެރިންނަށް އެއްވެސް ގެއްލުމެއް ނުފޯރާނެއެވެ. އެއީ ޤިޔާމަތުގެ ސާޢަތް އަތުވެއްޖެއުމާއި ހަމައަށެވެ.“
🔺🔺
ނޯޓް: މި ފެށޭ ބުރާސްފަތި ދުވަހަކީ 9 މުޙައްރަމް އެވެ. ރޯދަ ހިފުން ސުންނަތް ވެގެންވެއެވެ. މިރޭ ފަޖުރު ލުމުގެ ކުރިން އެއަށް ނިޔަތް ގަންނާން ޖެހެއެވެ.
އަދި ހުކުރު ދުވަހަކީ، ޢާޝޫރާ ދުވަހެވެ. އަދި އެދުވަހު ޢާޝޫރާގެ ރޯދަޔަށް ހުރުމަށް ނިޔަތް ގަތުން ވެއެވެ. އަދި ހުކުރު ދުވަހުގެ ރޯދައަށް އެއާއިއެކު ނިޔަތް ގަނެފި މީހާ އެރޯދައިގެ ޘަވާބުވެސް އޭގައި އެކުލެވިގެން ވެއެވެ.
~ ގަލަންދާނު
❝ Some people imagine that whoever gathers a lot of knowledge is better than others. This is incorrect, since whoever gathers knowledge without action, it is of no benefit. If it was of any benefit to its owner, it would have availed the Jews. Likewise if worship were to benefit without knowledge, it would have availed the Christians.⁽¹⁾ ❞
— Shaykh Sulaymān Al-'Alwān (quote)
~ Galandān
------------------------
[1] Allah said: {O believers! Indeed, many aḥbār and ruhbān consume people’s wealth wrongfully and hinder ˹others˺ from the Way of Allah.} (9:35)
Ibn Kathīr said: As-Suddī said that "the Ahbār are Jewish rabbis, while the Ruhbān are Christian monks..." This statement is true... . Sufyān bin Uyaynah said, "Those among our scholars who become corrupt are similar to the Jews, while those among our worshippers who become misguided are like Christians."
ރައްކައުތެރިކަމުގެ ކިއްލާ
❞ ހެނދުނާއި ހަވީރުގެ ވިރުދުތަކާއި، ޢާންމު ޛިކުރުތަކާއި، ފަރުޟު ނަމާދު ތަކުގެ ފަހުގައި ކިޔެވޭ ޛިކުރު ތަކަކީ: ސިޙުރާއި، އެސްފީނާ އާއި، ވަސްވަސާ އާއި ނަފްސާނީ ބަލިތަކަށްވާ ރައްކާތެރިކަމުގެ ކިއްލާއެކެވެ. ގެއްލުމެއް ލައިގަނެފިނަމަ އެ ގެއްލުން ފަނޑުކޮށްދެއެވެ. ހިތްދަތިކަމާއި ހިތާމައިން ދިފާޢުކޮށްދެއެވެ.
ވީމާ ޛިކުރުގެ މަތީ ތިބާގެ ނަފުސު ހިފަހައްޓުވާށެވެ. އެއިން އިންސީންނާއި ޖިންނީންގެ ތެރެއިންވާ ޝައިޠާނުންގެ ފުށުން ލައިގަންނަ ކަންކަމުން އަޅާ ދިފާޢުކޮށްދެއެވެ.
އަދި ހަށިރައްކަލަކަލެއް ކަމުގައި މި ހަދާށެވެ. އަދި އެއަށް ޣާފިލުވެ ފަރުވާކުޑަ ނުކުރާށެވެ. އެއީ ޢަދުއްވުންގެ ފުށުން ތިބާ ފިލަން ދުވާ ވަޤުތުގައި ކަމަށް ވިޔަސް އެވެ. އަދި މަސައްކަތުގެ އެންމެ ބުރަކޮށް އުޅޭ ވަޤުތު ކަމުގައި ވިޔަސްއެވެ. އަދި އެންމެ ނުތަނަވަސް ދަނޑިވަޅުގައިވެސް އެވެ. އަދި ތިބާގެ މަސައްކަތަކީ، އަދި ޙާއްޖަތަކީ، އަދި ލަނޑުދަނޑި އަކީ ވެސް މިއީ ކަމުގައި ހަދާށެވެ.
އަދި (ޛިކުރުތައް ކިއުމުގައި) ތިބާގެ ހިތް ހާޒިރުވެ އޮންނަމިންވަރަކުން (އެބަހީ: ޣާފިލުކަން މަދުވާ ވަރަކަށް) އޭގެ އަޘަރު ވަރުގަދައެވެ. އަދި އޭގެ މަންފާޢު ފުރިހަމައެވެ. ❝
—ޝައިޚް ސުލައިމާން ބުނު ނާޞިރު، އަލްޢަލްވާން (ޖަވާހިރުލް ޙިސާނު ފީ ތަޣްރީދާތިލް ޢަލްވާން)
~ގަލަންދާން
••
❞ މީސްތަކުންނަށް ތިބާ ޢަފޫ ކުރާ މިންވަރަކުން ތިބާގެ ފައިއޮޅުންތަކަށް އެވެރިން އިސް ތިރިކުރެތެވެ. އަދި މީސްތަކުންގެ ކުށްތަކުގެ ތަފްޞީލަށް ތިބާ ހާވައިހަދާ މިންވަރަކުން، އަދި އެވެރިންނަށް ދުއްތުރާކޮށް އެވެރިންގެ މުދަލާއި ޢަމަލުތަކަށް ފާރަލައިދުވާ މިންވަރަކުން، ތިބާގެ އެކަންތައްތަކަށް މީސްތަކުން ފާރަލައެވެ. ❝
— އައްޝައިޚް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން (ބަސްކޮޅު)
~ ގަލަންދާނު
📌 ❞ ބައެއް ޢިލްމީ ދަރިވަރުން، ޙަދީޘްތަކުގެ ޞައްޙަނުޞައްޙަ ކަން ކަނޑައެޅުމުގައި، ފަހުގެ ބައެއް މީހުންގެ ބަސްތަކަށް ބަރޯސާވެ، އިހުގެ (ޙަދީޘް) އިމާމުންގެ ބަސްތައް ދޫކޮށްލުން ޢާންމުވެފައި ވެއެވެ. އަދި މިކަން މިހުރިވަރީ، އޭގެން މީހަކު އައްތިރުމިޛީ ގެ (ސުނަން ފޮތުން) ޙަދީޘެއް ނަޤުލުކުރާއިރު، ފަހުގެ ބައެއް މީހުން އެރިވާޔަތަށް ދީފައިވާ ޙުކުމް ގެނެސް، ޚުދު ތިރުމިޛީ އެޙަދީޘް ރިވާކުރައްވައި ވިދާޅުވިބަސް ދޫކޮށްލުމެވެ. މިއީ ގޯހެކެވެ. ❝
— އައްޝެއިޚް، އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)
~ ގަލަންދާނު
#حديث_صحيح
❞ ދުޢާ އަކީ އީމާންކަމުގެ ޢަލާމާތެވެ. ރަޙްމާންވަންތަ އިލާހަށް އަޅުވެތިކަން ކަށަވަރުވަނިވި ޢަމަލެވެ. އަދި އޭގައި ގިނަގުނަ ކުރުމުން، އިޙްސާންތެރިކަމުގެ ދަރަޖަ އަޅާ ވާސިލުވުމުގެ އުއްމީދުވެއެވެ. އެހެން ނުވާންވީ ކީއްވެހެއްޔެވެ؟ އެއީ އަޅުކަންތަކުން އެންމެ މާތް އަޅުކަމެވެ. އަދި ކުއްތަންވުމުގެ އެންމެ މަތިވެރި ކަންތަކެވެ. އެއީ އެކަމާއިމެދު ވާރިދުވެ އެބަސްފުޅު ޞައްޙަވެފައިވާ ޚަބަރުފުޅުގައި ވާފަދައިންނެވެ: «الدُّعَاءُ هُوَ الْعِبَادَةُ»⁽¹⁾
(ދުޢާ ⌝އާއިމެދު ދަންނައެ⌜ ، އަޅުކަމަކީ އެއީއެވެ.) ❝
— އައްޝެއިޚް، އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)
~ ގަލަންދާނު
--------------
[1] ރިވާކުރެއްވީ، އަބޫ ދާވޫދު (1479 )، އައްތިރުމިޛީ (2969 ) ރިވާކުރައްވައި "ޙަސަން ޞަޙީޙު" އޭ ވިދާޅުވި، އަދި އިބްނު މާޖާ (3828 )
❞ އިޞްލާޙަށް މަސައްކަތް ކުރާ މީހަކީ، މީސްތަކުންނަށް ދެއްކި ވެރިކަަމަށް އެދޭ މީހެއް ކަމުގައި ބުނެ ތުހުމަތު ކުރުމީ، ނަބިއްޔުންނަށް ކުރެވުނު ޖާހިލިއްޔަ ތުހުމަތްތަކުން ކަމެކެވެ. ނޫޙުގެފާނުގެ މީސްތަކުން ބުނޫއެވެ: ﴿فَقَالَ ٱلۡمَلَؤُاْ ٱلَّذِينَ كَفَرُواْ مِن قَوۡمِهِۦ مَا هَٰذَآ إِلَّا بَشَرٌ مِّثۡلُكُمۡ يُرِيدُ أَن يَتَفَضَّلَ عَلَيۡكُمۡ...﴾ (ފަހެ އެކަލޭގެފާނުންގެ ޤަޥްމުގެ ބޮޑުން ބުނެއެވެ: މިއީ ހަމަ ކަލޭމެންކަހަލަ އާދަމުގެ ދަރިއެކެވެ. އެކަލޭގެފާނު އެއެދިވަޑައިގަންނަވަނީ ކަލޭމެންގެ މައްޗަށް އެކަލޭގެފާނު ފަޟުލުވެރިވެގަންނާށެވެ.) އެބަހީ: އެކަލޭގެފާނުގެ މަޤުޞަދަކީ އެވެރިންނަށް ވުރެ ދަރަޖަ-މަތިވެރިވުން ކަމުގައެވެ. ❝
— އައްޠަރީފީ (ބަސްކޮޅު)
~ ގަލަންދާނު
••
❞ އަންހެނާގެ އަޑަކީ ފިތުނައެކެވެ. އެހެނަސް އެއީ ޢަޥްރަ ތެރެއިންވާ އެއްޗެއް ނޫނެވެ. ވީމާ އަންހެނާ ފިރިހެނުންނާއި މުޚާޠަބުކުރުން ވަނީ ޟަރޫރަތް އޮތް މިންވަރަކުން ދެޝަރުތަކާއި އެކުގައެވެ:
— ވާހަކަދެއްކުމުގައި މަޑުމޮޅިކަން ނުވުން،
— ދެކޮޅުންވެސް އޭގައި ފިތުނައިން ސަލާމަތްވެ އޮތުން. ❝
~ އައްޝައިޚް ސުލައިމާނު ބުނު ނާޞިރަލް ޢަލްވާން (ބަސްކޮޅު)
~ ގަލަންދާނު
Fasting reminder,
(i) Tāsū'ā’ (27th July, Thursday)
(ii) 'Āshūrā’ (28th July, Friday)
سَأُقْبِلُ يَا خَالِقِي مِنْ جَدِيدٍ
އަނެއްކާވަސް އަޅު، އޭ އަޅާގެ ޚާލިޤެވެ! އިބަ އިލާހުގެ ގާތަށް އައިސްފީމެވެ.
~ ގަލަންދާނު
#حديث_صحيح
Ḥadīth:
«إِذَا أَحَبَّ الرَّجُلُ أَخَاهُ فَلْيُخْبِرْهُ أَنَّهُ يُحِبُّهُ»
“If a man loves his brother (in Islam), let him inform him, that he loves him.“
It is an authentic (ṣaḥīḥ) ḥadīth, narrated by Aḥmad, Abū Dāwūd, At-Tirmidhī and others.
— Al-'Alwān (quote)
📌
ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވިއެވެ: [الرؤيا المحضة التي لا دليل على صحتها لا يجوز أن يثبت بها شيء بالاتفاق]
❞ ހަމައެކަނި ހުވަފެނެއްގެ މައްޗަށް، އޭގެ ޞައްޙަކަމުގެ މައްޗަށް އިތުރު [ޝަރުޢީ] ދަލީލެއް ނުވާޙާލު، އެއްވެސް ކަމެއް ޘާބިތުކުޅައުމީ، [ޢިލްމުވެރިންގެ] އިއްތިފާޤުން ހުއްދަކަމެއް ނޫނެނެވެ. ❝
مجموع الفتاوى 27/457
އިބްނު ޙަޖަރު ވިދާޅުވިއެވެ: ”...އެހެނީ ނަބީބޭކަލުން ނޫން ބަޔަކަށް ފެންނަ ހުވަފެނަކުން، ޝަރުޢީ ޙުކުމެއް ނެގުން ނުވާތީއެވެ.“ (فتح الباري ج ٢/ ٦٧)
އަދި އިބްނު ބާޒު ވިދާޅުވިއެވެ: ”އަދި ނިދީގައި ފެންނަ ހުވަފެނެއްގެ މައްޗަށް ގޮތްނިންމުމެއް ނުވެއެވެ. އަދި އެއްވެސް މީހަކަށް އެއަކުން އެއްވެސް ކަމަކަށް ލާޒިމުވުމެއްވެސް ނުވެއެވެ...“ ”އަދި ކިޔެއްހޭ، އިލްމުވެރިން ވަނީ ކަނޑައަޅުއްވާފައޭ، ހުވަފެނެއްގެ މައްޗަށް އެއްވެސް ކަމެއް ޘާބިތުކުލައުން ނުވެޔޭ، އެއީ މީހަކަށް އޭނާގެ ނިދީގައި ޚުދު ނަބިއްޔު ﷺ ޙުކުމްތަކުން ޙުކުމަކަށް އަމުރު ކުރެއްވިޔަސް އެވެ. އެކަން އޭނާ އަށް ލާޒިމުވެގެން ނުވެއެވެ.“ (البحر المحيط 1 /90)
އައްނަވަވީ ވިދާޅުވިއެވެ: ”ޝަޢުބާން މަހުގެ 29 ވަނަ ދުވަހުގެ ރޭ، މީސްތަކުންނަށް ހުޅެވިހަނދު ނުފެނި، މީހަކަށް ނިދީގައި ނަބިއްޔު ﷺ ފެނި، "މިރެޔަކީ ރަމަޟާން މަހުގެ ފުރަތަމަ ރެޔޭ" އޭނާ އަށް ވިދާޅުވިޔަސް — މިހުވަފެނުގެ މައްޗަށް ރޯދަ ހިފުން ޞައްޙަވެގެން ނުވެއެވެ. އޭނާއަށް ނޫނީ އެނޫން މީހަކަށް ވިޔަސް އެވެ.“ المجموع 6/292
އަދި ޙާޝިޔަތުލް ޢައްޠާރް (2/467) ގައި ވެޔޭ: ”އަދި ހުވަފެނެއް (ހާދިސާ) ސީދާ ވިޔަސް އޭގެ މައްޗަށް ޝަރުޢީ ޙުކުމެއް އެމުނުން ލާޒިމެއް ނޫނެވެ... (ބުނެވެޔޭ) މީހަކަށްް ނިދީގައި ނަބިއްޔު ﷺ ފެނި ވިދާޅުވިޔޭ: މިވެނި ސަރަހައްދެއްގައި ކަންޒެއް ވެޔޭ، ގޮސް އޭތި ނަގާށޭ، (ޝަރުޢީ ގޮތުންް ދޭންޖެހޭ) ފަސްބައިކުޅަ އެއްބައި އެއިން ނެރޭކަށް ތިބާ މައްޗަށް ނުވެޔޭ އެވެ." ދެން އޭނާ ގޮސް އެތަނުން އެހޯދިއެވެ. އެހެންކަމުން ޢިލްމުވެރިންް އެކަމާ ބަހުޘް ކުރައްވައި، އަލްޢިއްޒު ބުނި ޢަބްދުއް ސަލާމު ވިދާޅުވިޔޭ: ފަސްބައިކުޅަ އެއްބައި ނެރޭށެވެ. އެހެނީ އެއީ މުތަވާތިރުކޮށް (ކަށަވަރު އެތައް މަގަކުން) ޘާބިތުވާން އޮތްކަމެކެވެ. އަދި އެންމެ ބޮޑުމިނުންބެއްޔަސް، ތިބާގެ ހުވަފެނަކީ އާޙާދު (އެއްމެ ފަރުދެއްގެ ސަނަދުން) އޮތް އެއްޗެކެވެ.“
~ ގަލަންދާނު
🔻🔻
❞ ޢިލްމާއި ނުލައި ވާހަކަދެއްކުމެއް އިންސާނާއަށް ނުވެއެވެ. ކަމެއް ނަފީކުރުމުގައި ނޫނީ ޘާބިތު ކުރުމުގައި ވިޔަސް އެވެ. ނުދަންނަމީހާ ބަހެއް ނުބުނެ ހަނުހުރި ނަމަ، ޚިލާފުތައް މަދުވީހެވެ. ❝ ⁽¹⁾
— ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ
~ ގަލަންދާނު
--------------------
[1] ފައިދާއެއް: ( لو سكت من لا يدري، لقلّ الخلاف بين الخَلق ) ”ނުދަންނަމީހާ ބަހެއް ނުބުނެ ހަނުހުރި ނަމަ، ޚަލްޤުތަކުން މެދުގައި ޚިލާފު މަދުވީސްހެެވެ.“ ޖާމިޢުލް ޢިލްމި 1/294 ގައި އިބްނު ޢަބްދުލް ބައްރު މިބަސްކޮޅު ނަޤުލުކުރެއްވިއެވެ. އަދި "މުޢައްޖަމުލް އުދަބާއު" (5/19) ގައި ޔާޤޫތު އެބަސްކޮޅު ކުލްޘޫމް އަލްޢުތާބީ އަށް ނިޞްބަތް ކުރެއްވިއެވެ. އަދި "އަލްޙާވީ ލިލްފަތާވާ" 2/116 ގައި އައްސުޔޫތީ މިބަސްކޮޅު (لو سكت من لا يعرف قلَّ الاختلاف ...) އަބޫ ޙާމިދުލް ޣަޒާލީ އަށް ނިޞްބަތް ކުރެއްވިއެވެ. އަދި އަލްޙާފިޡް އަލްމިއްޒީ "ތަހްޛީބުލް ކާމިލް" (362/4) ގައި ވިދާޅުވިއެެވެ: ( ﻭﻟﻮ ﺳﻜﺖ ﻣﻦ ﻻ ﻳﺪﺭﻱ ﻻﺳﺘﺮﺍﺡ ﻭﺃﺭﺍﺡ ﻭﻗﻞ ﺍﻟﺨﻄﺄ ﻭﻛﺜﺮ ﺍﻟﺼﻮﺍﺏ ) "ނުދަންނަމީހާ ބަހެއް ނުބުނެ ހަނުހުރި ނަމަ، ނުހަނު އަރާމާއި ހަމަޖެހުން (އޭނާއަށް) ވީހެވެ. (ދުލުގެ) ކުށްތައް މަދުވެ، ސީދާވުން އިތުރުވީހެވެ.“
••
الاحتساب على الظالمين ومناصرة المعتقلين فريضة، ولا عذر لأحد في التخلف عن ذلك، كلٌ بطريقته وعلى حسب وسعه.
❞ އަނިޔާވެރިންނަށް ފިޔަވަޅުއަޅައި، ހައްޔަރީންނަށް މަދަދުގާރުވުމީ ފަރުޟެކެވެ. މިއިން ރެކިގެން ހުރުމަށް އެއްވެސް ފަރުދެކަށް ޢުޛުރެއް ނުވެއެވެ. ކޮންމެ މީހަކަށްވެސް އޭނާއަށް ވާނޭ ދާއިރާއަކުން އޭނާއަށް ކުޅަދާނަވީ މިންވަރަކުންނެވެ. ❝
— އައްޝެއިޚް ސުލައިމާނު ބުނު ނާޞިރަލް ޢަލްވާން
~ ގަލަންދާނު
Fasting reminder,
(i) Tāsū'ā’ (27th July, Thursday)
(ii) 'Āshūrā’ (28th July, Friday)
📌ޢާޝޫރާ ރޯދައިގެ ހަރުފަތްތައް
❞ ނަބިއްޔު (ﷺ) ޢާޝޫރާދުވަސް (ރޯދަހިއްޕެވުމަށް) އެކަހެރިކުރެއްވިކަން ޘާބިތެވެ. އަދި މައްކާއިން މަދީނާއަށް ވަޑައިގެންނެވީއްސުރެ ﷲ عز وجل އެކަަލޭގެފާނު މަރުގެންްނެވުމާއި ހަމައަށްވެސް އެކަލޭގެފާނު (އެރޯދަޔަށް) ޢާޝޫރާއު ދުވަސް އެކަނި އެކަހެރިކުރެއްވިއެވެ. އަދި އަވަހާރަވުމުގެ ކުރިން، (ޞަޙީޙް) މުސްލިމް ގައިވާ ރިވާޔަތުގައިވާފަދައިން، ޙަދީޘް ކުރެއްވިއެވެ:
«لَئِنْ بَقِيتُ إِلَى قَابِلٍ لأَصُومَنَّ التَّاسِعَ» ”އަންނަންއޮތް އަހަރުގައި ތިމަން ނަބިއްޔާ ދުނިޔޭގައި ދެމިހުރެއްޖެނަމަ، 9 ވަނަ ދުވަހުގައި ރޯދައަށް ހުންނަވާނަމެވެ.“
އެހެނަަސް އަނެއް އަހަރާއި ހަމައަށް އެކަލޭގެފާނު ދުނިޔޭގައި ދެމިނުހުންނަވައެވެ.
އަދި ޢަބްދުއް ރައްޒާޤު "މުޞައްނަފް" ގައި، ޞައްޙަ ސަނަދަކުން ރިވާކުރެއްވިއެވެ:
«صوموا التاسع والعاشر» (ތިޔަބައިމީހުން ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހުގައި ރޯދަހިފާށެވެ.)
އަދި މިސަނަދު ޞައްޙައެވެ.
📍ޢާޝޫރާގެ ރޯދާގައި އެންމެ މަތީ ހަރުފަތަކީ: ނުވައެކާއި ދިހައެކެވެ.
އެއާވިދިގެން ވަނީ ދިހަވަނަ ދުވަހު ގިނިކަންޏާ ރޯދަހިފުމެވެ. އަދި މިކަމުގައި ނުރުހުންތެރިކަމެއް ނުވެއެވެ.
⚠️ދެންފަހެ ޢާޝޫރާއު ގެ ދަރަޖަތައް ތިނެކޭ ވިދާޅުވެ، އެގާރަވަނަ ދުވަސް އޭގައި ޛިކުރު ކުރައްވާ ބޭކަލުންގެ ބަހާއިމެދު ދަންނައެ، އެކަމުގައި ދަލީލެއް ނެތެވެ.
އެހެނީ އަލްމުސްނަދުގައި ވާރިދުވެފައިވާ ރިވާާޔަތް: (صُومُوا يوم عَاشُورَاءَ وَخَالِفُوا فيه الْيَهُودَ وصوموا قَبْلَهُ يَوْماً أو بَعْدَهُ يَوْماً) “ތިޔަބައިމީހުން ޢާޝޫރާ ދުވަހު ރޯދަ ހިފާށެވެ. އަދި ޔަހޫދީންނާ ޚިލާފުވުމަށް އެދުވަހުގެ ކުރީދުވަހު ނުވަތަ ފަހު ދުވަހު ރޯދަ ހިފާށެވެ.”
މިރިވާޔަތް މުންކަރެވެ. ⁽¹⁾ 🚫
އޭގައި ތަފައްރުދު⁽²⁾ ވެފައިވަނީ މުޙައްމަދު ބުނު ޢަބްދުއް ރަޙްމާނު ބުނު އަބޫ ލައިލާ އެވެ. އޭނާ އާއި މެދު ޝުޢްބާ ވިދާޅުވިއެވެ: ”އޭނާ އަށްވުރެ ހަނދާނުގައި ގޯސް މީހެއް އަހަރެން ނުދެކެވެ.“ އަދި އެބަލިކަށިކަމާއިމެދު ގާތްގަނޑަކަށް ޙުއްފާޡުން (ޙަދީޘް ޢިލްމުގެ އިމާމުން) އިއްތިފާޤުވެވަޑައިގެންނެވިއެވެ.
🔸މިހެންކަމުން ޢާޝޫރާއު ގެ ހަރުފަތްތައް ދޭކެވެ:
— ނުވައެކާއި ދިހައެކެވެ.
ނޫނީ
— ދިހައެއް އެކަންްޏެވެ. ❝
— އައްޝެއިޚް ސުލައިމާނު ބުނު ނާޞިރަލް ޢަލްވާން (ބަސްކޮޅު)
~ ގަލަންދާނު
------------------
[1] މުންކަރު: މިޕޯސްޓުގެ ދެވަނަ ތަފްސީލްނޯޓު ބަލާ
[2] އެބަހީ: ރިވާޔަތް އެގޮތުގައި އައިސްފައިވަނީ ސަނަދުގެ ކުރިތަކުން އޭނާގެ ރާސްތާއިން އެކަންޏޭއެވެ.
••
❝ Do not live alone. Because the Prophet ﷺ «forbade (living in) solitude»⁽¹⁾. The devils may overpower you if you are alone, since the Shaytān dominates man in (various) situations, including the state of intense fear. Hence he forbade solitude so that the society is interdependent and cohesive. ❞
— Al-Shaykh Al-Muḥaddith 'Abdullah Al-Sa'd (quote)
~ Galandān
---------------------------
[1] It was narrated by Aḥmad (5650) also Al-Bukhārī narrated a similar ḥadīth (2998).
••
❞ ބައެއް މީހުން މަޝްޣޫލު ވެފައި ވަނީ ޣީބަ⁽¹⁾ އާއި ނަމީމާ⁽²⁾ އަދި ޤީލަ-ވަޤާލަ⁽³⁾ އިގައެވެ. އަދި މީސްމީހުންގެ (ޒާތީ) ވާހަކަތަށް ކަނުލައި ހޯދުމުގައެވެ. އަދި އެވެރިންފުށު (ލާބަހުރި) ޢަމަލެއް ނުވެއެވެ. އަދި ހެވަށް އަމުރުކޮށް މުންކަރާތް މަނައު ކުރުމެއްވެސް ނުވެއެވެ. އަދި އުފެއްދުންތެރި ކަމެއް ނުކުރެއެވެ. އަދި މިއީ ފާފައިގެ ސަބަބުންނެވެ. ❝
— އައްޝައިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން (ބަސްކޮޅު)
~ ގަލަންދާނު
------------------------
(1) ޣީބަ އަކީ ނެތިމޮށުމެވެ. އެއީ ނުރުހެވޭ ބަހެއް މުސްލިމަކާއި މެދު އޭނާގެ ޣައިރު ހާޒިރުގައި ބުނުމެވެ. އަދި "ބުހުތާން" އަކީ އޭނާ ނެތް ތާގައި އޭނާ އާއި މެދު ދޮގެއް ހެދުމެވެ. މިއީ ޣީބައަށް ވުރެ ނުބައި ވައްތަރެކެވެ.
(2) ނަމީމާ އަކީ ދެބައޮޑުވުމެވެ. މިއީ ދެމީހެއް ދޭތެރެޖެހޭ ހެން، އަނެކާ ތިބާ އާއިމެދު މިވެނި އެއްޗެއް ބުނެފިޔޭ ބުނެ ވާހަކަ އުފުލުމެވެ.
(3) ޤީލަ-ވަޤާލަ މިއީ ބުންޏޭ-ބުންޏޭ އެވެ. އިވޭހާ އެއްޗެއްގެ ވާހަކަ ޝަރުޢީ ޘާބިތުކަމެއް ނެތި އުފުލައި ދެއްކުމެވެ.
(މިއެންމެހާ ލަފުޛު ތަކަކީވެސް ޙަދީޘް އިން ވާރިދުވެފައިވާ ތަކެއްޗެވެ.)
•••
❞ މިޒަމާނުގައި، ⌝ހިދާޔަތަށްފަހު މަގުފުރެދުމަށް⌜ އެނބުރިދާ ގިނަ މީހުންނާއިމެދު އަހަރެން ފިކުރުހިންގައި ބެލިއިރު ފެނުނީ: އެއީ ނުޙައްޤުން މީސްތަކުންނަށް ޢައިބުގޮވައި، ތިމާއާއި ގުޅުމެއް ނެތް ކަންކަމުން ދޫރައްކާތެރި ނުކުރާ މީހުންކަމެވެ. ❝ — އަލްޢަލްވާން
އަހަރެން ބުނަމެވެ: ފަހުން މިވިދާޅުވި ނުކުތާ، ޙަދީޘު ރިވާޔަތެއްގައި އައިސްފައިވެއެވެ.⁽¹⁾ އަދި އިބްނު ރަޖަބް އޭގެ މައްޗަށް ލިޔުއްވި ނުހަނު އަގުހުރި ޝަރަޙައިން ބަޔެއް، އަހަރެމެން ތަރުޖަމާކޮށް (އަދި ޝާއިޢު ނުކުރެވިވާ) ސިލްސިލް "ފައިދާއެއް" —ގައި ހިމެނިފައިވާނެއެވެ.
~ ގަލަންދާނު
-----------------------
[1] އަބުހުރައިރާގެ އަރިހުން ރިވާވެގެން ވެއެވެ. رَسُولُ اللهِ ﷺ ޙަދީޘްކުރެއްވިއެވެ: «مِنْ حُسْنِ إسْلَامِ الْمَرْءِ: تَرْكُهُ مَا لَا يَعْنِيهِ». ”މީހެއްގެ އިސްލާމްކަމުގެ ރިވެތިކަމުގެ ތެރޭގައި، އޭނާޔާ ނުބެހޭ ކަންކަން އޭނާ ދޫކޮށްލުން ހިމެނެއެވެ.“ (رواه الترمذي وغيره)
❝ Allah تَعالى said:
﴿وَالمُؤمِنونَ وَالمُؤمِناتُ بَعضُهُم أَولِياءُ بَعض﴾
(The believers, both men and women, are guardians of one another.)
This is the affair of the believers. They do not abandon their brothers, nor do they forsake them in the time of their distress, nor do they refrain from helping and aiding them. ❞
— Shaykh Sulaymān Al-'Alwān (quote)
~ Galandān
📌
❞ ސާފުކޮށް ދަނެގަނެވިފައިވާ އެއްޗަކީ، ޔަހޫދީންނާއި ގަދަހަދައި، އެވެރިން ފަލަސްތީނުން ނެރުލުމަށްޓަކައި އޮތް ހަމައެކަނި މަގަކީ، ހަތިޔާރުން ޖިހާދުކުރުން ކަމެވެ. ފަހެ ގަދަބާރުން ޖަހައިގަތް އެއްޗެއް، ގަދަބާރުން މެނުވީ ލިބުންވެސް ނުވެއެވެ. ❝
— އަލްޢައްލާމާ އައްޝެއިޚް ޙުމޫދު ބުނު ޢުޤްލާ އައްޝުޢައިބީ (رحمه الله)
(މަޞްދަރު: ޢަރަބީންނާއި މުސްލިމުންގެ ވެރީންނަށް ގޮވާލުމެއް)
05 August, 2001
~ ގަލަންދާނު
ޢަދުލުވެރި ފިރިއަކަށް ލިބުނު ހެޔޮ އަންބެއް.
ތާބިޢީންގެ ތެރޭން އަރައިހުންނެވި އަލްޤާޟީ ޝުރައިޙު އަކީ ޢަދުލުވެރިކަމަށް މަޝްޙޫރު ކޫފާގެ، އަދި އެއަށްފަހު ދިމަޝްޤުގެ ޤާޟީއެވެ.
އެކަލޭގެފާނު ކައިވެންޏެއް ބައްލަވައިގެން އަހަރެއްވީތާ، މައިދައިތާ އެގެއަށް ޒިޔާރަތް ކުރެއްވިއެވެ. އަދި ޝުރައުޙަށް ވިދާޅުވިއެވެ: “ތިބާގެ އަންހެންނުން ކިހިނެއް ހެއްޔެވެ؟“
ޝުރައިޙު ވިދާޅުވިއެވެ: “އަންހެންނުންތެރެއިން ހޮވާލަވޭ މީހެއްފަދައެވެ. ވަފާތެރި ބައިވެރިއެކެވެ. ތިބާ ވަނީ އޭނާ ރަނގަޅަށް ބަލަހައްޓައި، ހެޔޮކޮށް ތަރުބިއްޔަތުދީ، އަދަބުވެރިކޮށްފައެވެ. ވީމާ އެއީ ހަރުދަނާ އަޚުލާޤެއްގެ ވެރިއެކެވެ.“
މައިދައިތަ ވިދާޅުވިއެވެ: އަންހެނެއްގެ އަޚުލާޤުގެ ނުބައިކަން، ދެ ވަޤުތެއްގައި މެނުވީ ފާޅުނުވެއެވެ:
(އެކައްޗަކީ) ފިރިމީހާ ގާތުން ޖާގަޔެއް ލިބިއްޖެނަމައެވެ. (އެބަހީ ކުށެއް ކުރިޔަސް ލޯބިވާވަރުން އަޅާނުލާނޭ ކަން އެނގުމެވެ.)
(އަނެއްކަމަކީ) ދަރިއެއް ލިބުމުންނެވެ.
ވީމާ (ތިބާއަށް ރުޅިނާދެވުނަސް) ތިބާއަށް އޭނާފުށުން އެކަން ހީވެއްޖެނަމަ، (އަދަބުގެ) އެތިފަހަރެއް ޖަހާށެވެ. (އެއީ ހައްޓަށް ގެއްލުންްނުވެ ހިތަށް އަސަރުފޯރާ ޖެހުމެކެވެ.)
އެހެނީ ފިރިހެނުން އެވެރިންގެ ގޭގައި، ލޯބިންގޮސް ހަލާކު ކުރާ އަންހެނަކަށް ވުރެ ބޮޑު ނުބަޔެއް ނުލައެވެ.“
ޝުރައިޙު ވިދާޅުވިއެވެ: (ޅެން)
رأيت رجالا يضربون نساءهم…
فشُلّت يميني يوم تضرب زينب
ދެކުނީމެ ފިރިން، އަތްއުފުލި އެވެރިންގެ އަނބިތަކަށް
އަތްވާށި މަގޭ، ވައު އުފުލި ދުވަހަކުން ޒައިނަބަށް
أأضربها من غير ذنب أتت به…
އަދަބުންވީހެދޭ، މީހަކަށް ހިލާ ކުށެއް ނުކުރަނި
فما العدل منّي ضرب من ليس يُذنِب
އަދުލެއްހޭކޮބާ، ޖެހުންމަ ކުށެއް އެމީހާ ނުވެވެނި
فزينب شمس والنساء كواكب…
ފަހެ ޒައިނަބީ އިރޭ، އަންހެނުން ތަރިތަކަށް ވާހިނދު
إذا طلَعَت لم يَبدُ مِنهن كوكب
އެންމެ ތަރިއެއް ގެއްލިދޭ، އަރާއިރު އުދަރެހަށް ވާހިނދު
وكلُّ محبٍّ يمنحُ الودَّ إلفَهُ
ويعذرُه يوماً إ ذا هو أذنبا
އާޝިގެއްނަމަ ދީހަދާ، ހާހުންއެވާ ލޯބިތައް
ލޯމަރާލާ އުޒުރުދޭ، ކުރެވިއްޖެ ނާދިރު އުރެދުމަށް
އަދި ވިދާޅުވިއެވެ: "އަހަަރެން އެކަނބުލޭގެއާއި އެކު ވިހި އަހަރު ހޭދަކޮށްފީމިއެވެ. އޭނާއަށް އެއްވެސް ކަމެއްގައި ނުއުފުލޭ ބުރައެއް ނުޖައްސަމެވެ. އަދި އޭނާ މައްޗަށް ރުޅިވެސް ދުވަހަކު އިސްނުވެއެވެ.“
މަޞްދަރު: الذهبي سير أعلام النبلاء، ج4،ص 106 ، المستطرف في كل فن مستظرف ٤٥٩/١
~ ގަލަންދާނު
•.
سَأقْبِلُ يَا خَالِقِي مِنْ جَدِيدٍ
އަނެއްކާވަސް އަޅު، އޭ އަޅާގެ ޚާލިޤެވެ! އިބަ އިލާހުގެ ގާތަށް އައިސްފީމެވެ.
كَمَا أَنْتَ مِنِّي إِلَهِي تُرِيدُ
އެ އީ އިބަ އިލާހު އަޅާގެ ކިބައިން އެދޭ ގޮތުގެ މަތީންނެވެ.
وَأَرْجُو إِذَا أَنْتَ تَقْبَلُنِي
އަޅާގެ އާދޭހީ، އިބަ އިލާހުގެ ޤަބޫލެވެ.
جِنَانُ الْخُلُودِ وَمِنْكَ الْمَزِيدُ
ދާއިމީ ޖަންނަތްތައް ދެއްވުމާއި އަދި މީގެ އިތުރުންވެސް އެވެ.
عَصَيْتُكَ رَبِّي فَأَمْهَلْتَنِي
އަޅާ އިބަ އިލާހަށް އުރެދިއްޖައީމެވެ. އެހެނަސް އިބަ އިލާހު އަޅާ އަށް ވަގުތުދެއްވަ އެވެ.
وَتَسْتُرْنِي رغْمَ أَنِّي عَنِيدٌ
އަދި އަޅާގެ ފާފަ ސިއްރުކުރައްވަ އެވެ. އަޅާ ގެ ގޮއިދޫނުކުރުމާއި އެކުވެސް އެވެ.
لِأَنَّكَ رَبِّي غَفُورٌ وَدُودٌ
އެހެނީ ތިއީ ޣަފޫރު ވަންތަ ވަދޫދު ވަންތަ އިލާހެވެ.
رَحِيمٌ بِكُلِّ الْوَرَى وَالْعَبِيدِ
އަދި ކޮންމެ ޚަލްޤަކާއި އަޅަކަށް ރަހީމް ވަންތަ އިލާހެވެ.
أَتَيْتُكَ يَا خَالِقِي بَاكِيًا
އިބަ އިލާހު ހަޒުރަތަށް އަޅާ މި އައީ ކަރުނަ އަޅަމުއްނެވެ.
وَدَمْعُ الْأَسَى كُلَّ حِينٍ يَزِيدُ
އަދި އަޅާގެ ހިތާމައިގެ ކަރުނަ އިތުރުވެ ފޯވަމުންދެ އެވެ.
فَقَدْ قُلْتَ فِي الْآيِ لَا تَقْنَطُوا
ގައިމެވެ، އިބަ އިލާހު އާޔަތެއްގައި ވަހީކުރެއްވި އެވެ:
އުއްމީދު ކަނޑާ ނުލާށެވެ.
وَإِنْ تَعْفُوا عَنِّي فَذا يَوْم عِيدٍ
ފަހެ އިބަ އިލާހު އަޅަށް އަފޫ ކުރައްވައިފިތަ؟
އެ އީ އުފަލުގެ އީދެކެވެ.
سَأَتْرُك يَا رَبِّي ذَنْبا مَضَى
އަޅާގެ ފާފަތަށް ދޫކޮއްލާހުށީމެވެ.
وَأقْبَلَ نَحْوَ الرِّضَى وَالنَّعِيمِ
އޭ އަޅުގެ ރައްބެވެ! އަދި އިބަ އިލާހުގެ ރުއްސެވުމާއި ނިއުމަތަށް ކުރިމަތިލަމެވެ.
أُحِبُّكَ رَبِّي وَهَذَا رَجَايِ
އަޅާ އިބަ އިލާހަށް ލޯބި ކުރަމެވެ. އޭ އަޅުގެ ރައްބެވެ. މިއީ އަޅުގެ އުއްމީދެވެ.
بِأَنَّكَ تَقبلُنِي يَا كَرِيمُ
އިބަ އިލާހު އަޅާގެ (ތައުބާ) ޤަބޫލުކުރެއްވުމެވެ. އޭ ދީލަތިވަންތަ އިލާހެވެ!
~ ގަލަންދާނު
#حديث_صحيح
ޙަދީޘް: «إِذَا أَحَبَّ الرَّجُلُ أَخَاهُ فَلْيُخْبِرْهُ أَنَّهُ يُحِبُّهُ» (މީހަކު އޭނާގެ އަޚެއް ދެކެ ލޯބިވާނަމަ، ލޯބިވާކަން ބުނެ އޭނާއަށް އަންގާށެވެ.)
❞ މިއީ ޞައްޙަ ޙަދީޘެކެވެ. ރިވާކުރެއްވީ އަޙްމަދު އާއި އަބޫ ދާވޫދު އާއި އައްތިރުމިޛީ އަދި އެނޫން ބޭކަލުންނެވެ. ❝ — އަލްޢަލްވާން (ބަސްކޮޅު)
އަހަރެބުނަމެވެ:
ޝެއިޚް އަބޫ ބަކުރު އަލްޙުސައިނީ އާއި ގިނަދުވަސް ތަކެއް ބައްދަލު ނުވެ ހުރުމަށްފަހު އެއްދުވަހެއްގައި ޒިޔާރަތް ކުރެއްވި ވަޤުތު، އަހަރެން ދޮރު ހުޅުވުމާއި އެކު ސަލާމް ކުރައްވައި “އޭ (މިވެނިމިހާއޭ).. ﷲ ޓަކައި ވަރަށް ލޯބިވަމޭ" ވިދާޅުވެ، އަހަރެންގެ ނިއްކުރިޔަށް ބޮސް ދެއްވިއެވެ. އަހަރެން ވެސް ދެންނެވީމޭ، ޝޭޚޭ، ﷲ ތިބާއަށް ލޯބިކުރައްވާށިއޭ އެއިލާހަށްޓަކައި ވަރަށް ލޯބިވަމޭ އެވެ.“
ﷲ އަށްޓަކައިވާ ލޯތްބަކީ ދެމިއޮންނަ އެއްޗެކެވެ. އަދި ބައްދަލުނުވެވި ދިޔުން އެ އިތުރުކޮށް ތާޒާ ކުރެއެވެ.
ﷲ އަހަރެންގެ ޝެއިޚަށް އަދި ހެޔޮ އެންމެހާ ކަމަކަށް މަގުދެއްކެވި އެދުރަކަށް ރަޙްމަތްލައްވާށިއެވެ.
~ ގަލަންދާނު
•• ހަނދުމަކުރާށެވެ. އަދި އޯގާވެރިވާށެވެ. ••
އެއިލާހުގެ ވަޙީ:
﴿وَٱذْكُرُوٓا۟ إِذْ أَنتُمْ قَلِيلٌ مُّسْتَضْعَفُونَ فِى ٱلْأَرْضِ تَخَافُونَ أَن يَتَخَطَّفَكُمُ ٱلنَّاسُ فَـَٔاوَىٰكُمْ وَأَيَّدَكُم بِنَصْرِهِۦ وَرَزَقَكُم مِّنَ ٱلطَّيِّبَٰتِ لَعَلَّكُمْ تَشْكُرُونَ﴾
[الأنفال: ٢٦]
”ބިމުގައި ތިޔަބައިމީހުން ޢަދަދު މަދު، ނިކަމެތި ބަޔަކު ކަމުގައި ވީހިނދު، ހަނދުމަކުރާށެވެ! (އެހިނދު) ތިޔަބައިމީހުންތިބީ (ޢަދާވާތްތެރި) މީހުން ތިޔަބައިމީހުން ޖަހައިގަނެގެން ގެންގޮސްފާނެކަމަށް ބިރުގެންފައެވެ. ދެން އެކަލާނގެ ތިޔަބައިމީހުންނަށް ހިޔާވަހިކަން ދެއްވިއެވެ. އަދި އެކަލާނގެ ނަޞްރުން ތިޔަބައިމީހުންނަށް ގަދަކަން ދެއްވިއެވެ. އަދި ރަނގަޅު ތަކެތިން ތިޔަބައިމީހުންނަށް ރިޒްޤު ދެއްވިއެވެ. (އެއީ) ތިޔަބައިމީހުން ޝުކުރު ވެރިވުމަށްޓަކައެވެ.“
❞ އެހެންކަމުން، އިންސާނާ، އޭނާގެ ކުރީގެ ޙާލަތް ހަނދުމަ ކުރަނީ ނަމަ، އެއްވެސް ޝައްކެއްނެތް ގޮތުގައި، އެމީހެއްގެ ޙާލަތު ބަދަލު ކުރައްވާފައިވާ މީހެއް އޭނާ ގެ މައްޗަށް الله މިލެއްވި ފަޟުލު ދެނެގަނެވޭނެއެވެ. އަދި އިންސާނާ އޭނާގެ ކުރީގެ ޙާލަތު ހަނދުމަކުރުމުން ހިތްތިރިކަން އަށަގަނެއެވެ. އަދި ޢަދުލުވެރިކަން އާދެއެވެ. އަދި އޭނާގެ ނަފްސުގައި އިންސާފުވެރިވުން ވެސް އެވެ. އަދި އޭގެން ކިބުރުގެ ބާރު ކަނޑުވައިލައެވެ. އަދި މިއީ ކޮންމެ ފަރުދަކަށްވެސް ބޭނުން ވެގެންވާ ކަމެކެވެ. އޭނާގެ ނަފުސު ޠާހިރު ކުރުމަށް ޓަކައެވެ. އަދި މީސްތަކުންނާއި މެދު ޢަދުލު ވެރި ވުމަށް ޓަކައެވެ. އަދި އެއުރެންނަށް ރަޙުމު ކުރުމަށް ޓަކައެވެ. ވީމާ، ޢިލްމުވެރި ވެއްޖެ މީހާ، އޭނާގެ ޖާހިލު ދައުރު ހަނދުމަވެއެވެ. އެހެންކަމުން ޖާހިލަށް މަޑުމޮޅިވެ، ޢުޛުރުދީ، އޭނާ އަށް އުނގަންނައި ދެއެވެ. އަދި އޭނާގެ ކުފުރަށް ފަހު އިސްލާމް ވެއްޖެ މީހާ، އޭނާގެ ކުފުރު ހަނދުމަވެ، ކާފަރު މީހާ އެހުރި އަބާއްޖަވެރިކަން ދެނެގަނެވެއެވެ. އަދި މުއްސަނދި ވެއްޖެ މީހާ، އޭނާގެ ފަޤީރު ކަން ހަނދުމަވެ، ފަޤީރަށް ކުރެވޭ ރަޙުމުގެ ސަބަބުން ހޭދަކުރެއެވެ. ❝
— އައްޠަރީފީ، التفسير والبيان لأحكام القرآن
~ ގަލަންދާނު
•••
لو سكتَ مَن لا يعرف...
❞ ނުދަންނަ މީހާ ހަނު ހުންނަ ނަަމަ، ގައިމު ބިދުޢަތައް މަދުވީހެވެ. އެހެނީ ޙައްޤަށް ޖަޒުބާތު އަރައިގަނެ އަންނަމީހާ، ޞަޙާބީންނާއި ތާބީޢީންގެ އުޞޫލުތަކަށް އޭނާ ފުށުގައި ޢިލްމެއްނުވާ ނަމަ، ޙައްޤު ބާޠިލަށް ހަދައި، ބާޠިލު ޙައްޤު ކަަމުގައި ހަދައެވެ. ❝
~ ޝެއިޚް އަލްމުޙައްދިޘް ސުލައިމާނު ބުނު ނާޞިރަލް ޢަލްވާން (ބަސްކޮޅު)
~ ގަލަންދާނު
••
ސުވާލު: ދީނީ ރޭޑިޔޯ އެއް މެދުވެރިކޮށް އަންހެނަކު ދަރުސެއް ދިނުމުގެ ޙުކުމަކީ ކޮބާ ތޯ އެވެ؟
ޖަވާބު: ”މިއީ އިޖްތިޙާދު މިންގަޑުގެ ތެރޭގައިވާ ކަމެކެވެ. މިކަމުގައި މަސްލަޙަތެއް އެކުލެވޭނަމަ އަދި ފިތުނައިން މިންޖުވެފައިވާނަމަ، މިއީ (އެކަމުގައި އިޚްތިޔާރު) ވަރަށް ފުޅާ މައުޟޫއެކެވެ. އަދި އަންހެން މީހާގެ އަޑަކީ އައުރައެއް ކަމަށް ބުނާ ބުނުން، ސައްޙައެއްނޫނެވެ. އަދި އެއަކަށް ދަލީލެއް ޘާބިތުވެފައި ނުވެއެވެ.“
~ އައްޝައިޚް ސުލައިމާނު ބުނު ނާޞިރަލް ޢަލްވާން (މަޞްދަރު)
~ ގަލަންދާން