qalandhar | Unsorted

Telegram-канал qalandhar - Galandān ގަލަންދާނު

1843

ޢިލްމު އަދި އެއަށް ލޯބިކުރާ ދަރިވަރުންނަށް Notes by, ibn Fahmī Dīdī عفا الله عنه Friends & family

Subscribe to a channel

Galandān ގަލަންދާނު

تفــــيأ مـن ظلال الأرض حيــــناً
ރައްކަލެއް ދުނިޔޭގެ ހިޔަލުން ނަގާށި އުޅެފައި

ِو لا تغــــتر يـــومــاً بالســــراب
އަވާމެންދުރަށް ދުވަހަކުމެ ނުސިހޭށިޅޭ

و قف فــــوق القبور فــرب ذكرى
ޤަބުރެއްދޮށު މަޑުކޮށްލަމާ މިއީފަހެ ހަނދުމަޔެއް

ِستحـــمـدها و تـــــأوي بالإيــاب
އެއަށް ޙަމްދެއްކޮށް ހަމައެޔަށް ޅޭއެނބުރިދޭ


ورتــــل نعـــمة القـــرآن تــــلقى
ތިލާވަތު ނިޢްމަތުގެ ޤުރުއާނު ގިނަކޮށް

ِيــــباعدك الثــــواب عــن العقابِ
ބަދަލަކަށް ވޭޘަވާބާއި މިންޖު ޢަޒާބުން

و تابـــع مـــرسلاً هـــاد حـــكيماً
ވޭތަބަޢު އެރަސޫލަށް މަގުދައްކަވާ ހިކުމަތްވަންތަވީ

ِأشــــعة حــكمة مـــن كـــل باب
ނޫރެކޭ ޙިކުމަތީ އެންމެ ކޮންމެ ދޮރަކުން


~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

Ibn Taymiyyah (رحمه الله) said: ❝ If this prostitute and wine maker repent and they are poor, it is permissible to give them as much of this money as they need. If he is able to engage in trade or to do a craft such as weaving and spinning, he may be given some of the money as capital. ❞ —Majmū‘ al-Fatāwā, 29/308

* Details [Islamqa Fatwā no. 110454]

Читать полностью…

Galandān ގަލަންދާނު

الحمد لله الذي جعله جعل بعد الشدة فرجًا ، ومن الضر والضيق سعة ومخرجًا ، ولم يخل محنةً من منحة ، ولا نقمةً من نعمة ، ولا نكبةً ورزيةً من موهبة وعطية.
وقال تعالى: {سَيَجْعَلُ اللَّهُ بَعْدَ عُسْرٍ يُسْرًا} [الطلاق: 7]

އެންމެހާ ޙަމްދެއް ވަނީ ބުރަކަމަށް ފަހު ލުއިދެއްވި ﷲ އަށެވެ. އަދި ގެއްލުމާއި ދަތިކަމަށްފަހު ފަސޭހައާއި މިންޖުވުމެވެ. އަދި އެއްވެސް ތުރާލެއް މަދަދެއް ނެތި ނުލައްވަތެވެ. ހަސަދައެއް ނިޢުމަތެއް ނެތިއެވެ. އަދި ވޭނެއްވިޔަސް ކެކުޅުމެއްވިޔަސް، ލާބައެއް މަންފައެއް ނެތިއެވެ.

އެއިލާހު تعالى ވަޙީ ކުރެއްވިއެވެ: {سَيَجْعَلُ اللَّهُ بَعْدَ عُسْرٍ يُسْرًا} ”ފަހެ ދަތިކަމަކަށްފަހު، ފަސޭހަކަމެއް، اللَّه ލައްވާހުށްޓެވެ.“

~ ގަލަންދާން

Читать полностью…

Galandān ގަލަންދާނު

💬 «ބިދުޢީ އިންތިޚާބުތަކަށް، ޖިބޫތީ ސުވާލުތަކުން ޝަރުޢީ ޖަވާބުތަކެއް »

(މައިކްރޮސޮފްޓް ވޯޑް docx)

— ޝެއިޚް ޙައްސާން ޙުސައިނުއް ޞޫމާލީ

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

قريباً إن شاء الله...

Читать полностью…

Galandān ގަލަންދާނު

🔴
❞ ބާޠިލުގެ އަހުލުވެރިޔާ ނިކަމެއްޗެވެ. އެއީ އޭނާ އަށް ލަޝްކަރުތަކާއި އަޢްވާނުން ވިޔަސްއެވެ. އަދި ވަނީ ހިތްނުތަނަވަސް ކަމުގައެވެ. އެއީ އޭނާ އަށް ގަނޑުވަރުތަކާއި މުދާތައް ވިޔަސްއެވެ.
އަދި ޙައްޤުގެ އަހުލުވެރިޔާ ޢިއްޒަތްތެރިއެވެ. އެއީ ⌝ނުރައްކަލާހުރެ⌜ ފިލައިގެން ނޫނީ ޖަލުފާރުތަކެއް މެދު ބަންދުގައި ހުއްޓަސް އެވެ. އަދި ވަނީ އުފަލުގައެވެ. އެއީ ދަނޑިފަނުގެ ގެއެއްގައި ދިރިއުޅުނަސްއެވެ. ❝
— އަލްޢަލްވާން (ބަސްކޮޅު)

~ ގަލަންދާނު

------------------
ފޮޓޯ: އައްޝެއިޚް އަޙްމަދް އަލްއަސީރް އަލްޙުސައިނީ
(ثبته الله)

Читать полностью…

Galandān ގަލަންދާނު

❣️ #حديث_صحيح

ޝެއިޚް ޢަބްދު ﷲ އައްސަޢްދު ވިދާޅުވިއެވެ: ❞...އަހަރެން (ދިން ނަޞޭޙަތުގެ) މުރާދަކީ، ރައްދު ދިނުމުގައި މަޝްޣޫލު ނުވުމަށެވެ. އަދި ﷲ ގެ މަގަށް ދަޢުވަަތު ދިނުމުގައި ފަރުވާާތެރިވެ ސަމާލުކަން ބެހެއްޓުމަށެވެ. އަދި އެއްބައިވަންތަކަމަށެވެ. އަދި އަބޫ އުމާމާ ގެ ޙަދީޘް ތަކުން، ހެޔޮ ސަނަދަކުން ⁽¹⁾ އަބޫ ދާވޫދު ރިވާކުރެއްވިޔޭ: ނަބިއްޔު ﷺ ޙަދީޘު ކުރެއްވިޔޭ: «أَنَا زَعِيمٌ بِبَيْتٍ فِي رَبَضِ الْجَنَّةِ لِمَنْ تَرَكَ الْمِرَاءَ وَإِنْ كَانَ مُحِقًّا» (އެމީހެއް ޙައްޤުގައި ހުއްޓަސް ޖަދަލުކުރުން ދޫކޮށްލައިފިނަމަ، ސުވަރުގޭގެ ބިއްދޮށުން އޭނާއަށް ގޯއްޗެއް ވުމަށް ތިމަންކަލޭގެފާނު ޖާމިނުވެވަޑައިގަންނަވަމެވެ.) ❝ — اهــ.


އަހަރެން ބުނަމެވެ:

(زَعِيمٌ) އެބަހީ: الضامن (ޖާމިނުވުން) ކަމެއް ބޮލުގައި އެޅުން، ޒިންމާ ދާރުވުން، ކަމަކާ ޙަވާލުވުން (ރަދީފު)

(بَيْت) "ގެޔެއް" ، އަލްޚައްޠާބީ ވިދާޅުވިއެވެ: ”މިތާގެ ގެޔެކޭ އޮތް ބަހުގެ މުރާދަކީ ގަނޑުވަރެކެވެ.“

(رَبَضِ الْجَنَّةِ) : ޖަންނަތުގެ އެންމެ ތިރިއެވެ. އަދި ރަށެއްގެ رَبَضِ އޭ ބުނެވެނީ، އެރަށް ވަށައިގެންވާ ސަރަހައްދެވެ. އަލްއަޙްވަޛީ ވިދާޅުވިއެވެ: ”ޝަހަރު ތަކުގެ ވަށައިގެން ހުންނަ ގޮވަތިތަކާއި ގަނޑުވަރުގެ ދޮށުގައި ހުންނަ ޖިފުޓިތަކާއި އެއްގޮތްކޮށް، (ޙަދީޘުގެ) ޝަރަޙަ ލިޔުއްވި ފަރާތް އެއީ (ޖަންނަތް) ވަށައިގެން އަދި އޭގެ ބޭރުންވާ ސަރަހައްދުކަމަށް ވިދާޅުވުމީ، ލުޣަވީ ގޮތުން ޞަރީޙަ ބުނުމެކެވެ. އެހެނަސް މާނާގައި ޞައްޙައެއް ނޫނެވެ. އެހެނީ ވާރިދުވެފައިވާ ތަކެއްޗާއި އެމާނަ ޚިލާފުވެ، އެއިން ބާރުދެނީ (މަގުފުރެދިފައިވާ) މުޢުތަޒިލާ އިން ބުނާފަދަ ، ދެމަންޒިލު ދެމެދުގައިވާ މަންޒިލެކެވެ. ވީމާ ރަނގަޅުގޮތަކީ އޭގެ މުރާދަކީ ޖަންނަތުގެ އެންމެ ދަށުގައި ކަމެވެ.“

(الْمِرَاءَ) : ބާޠިލު ނިޔަތެއްގައި ބަހާއި ޢަމަލުން ޖަދަލުކުރުމެވެ. އަލްޚައްޠާބީ ވިދާޅުވިއެވެ: ”އެއީ އަމިއްލަ ޖާހަށްޓަކައި ޖަދަލުކުރުމެވެ. މޮޅުކަން ދައްކައިގެން ދެބަސްވާ ފަރާތް ކައިރީ ނަފުސު އުފުލުމެވެ.“

(مُحِقًّا) : م ގެ އުބުފިއްޔާއި ق ތަޝްދީދު ކޮށް، މާނައީ: ޙައްޤުގެ މަތީ ވުމެވެ.

📌އަދި ޢާއިޝަތުގެފާނު އަރިހުން އަލްބުޚާރީ އާއި މުސްލިމް ރިވާކުރެއްވިއެވެ: ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ: «أَبْغَضُ الرِّجالِ إلى اللَّهِ الألَدُّ الخَصِمُ» (ﷲ އެންމެ ނުރުސައްވާވޮޑިގެންވާ މީހުންނީ، الألَدُّ الْخَصِمُން ނެވެ.)

الألَدُّ : ގިނަގުނައިން ޒުވާބުކޮށް ޖަދަލުކުރުން
الخَصِمُ: (ޚުޞޫމާތް) ދެކޮޅުވެރިކަމާއި ޢަދާވާތް


— ގަލަންދާނު



-----------------------
[1] (صالح) ، އަދި އެނޫން ތަނެއްގައި އޭގެ ޞައްޙަ ކަމާއި މެދު ވިދާޅުވިއެވެ: ”އޭގެ ސަނަދުގައި ގޯހެއް ނެތެވެ.“ (މަޞްދަރު) އަދި އައްޝެއިޚް އަލްމުޙައްދިޘް މުޞްޠަފާ އަލްޢަދަވީ ވިދާޅުވިއެވެ: ”އެއީ 'ޙަސަން' ޙަދީޘެކެވެ.“ އެހެނަސް ޚާލިދުލް ޙާޔިކު މިއާ ޚިލާފުވެލެއްވިއެވެ. ﷲ أعلم.

އިތުރު މައުލޫމާތު: އިސްލާމްވެބް (161573) ، މައުސޫޢަތުލް އަޙާދީޘިއް ނަބަވިއްޔަތި (5804)

Читать полностью…

Galandān ގަލަންދާނު

Clarification in the Takfīr of Modernists and Nationalists

Read : [link]

Читать полностью…

Galandān ގަލަންދާނު

🔗 #الولاء_والبراء

”މަގު މިއޮތީއެވެ. ފަހެ ފިރިހެނުންތައް ކޮބައިހެއްޔެވެ؟“

— އައްޝައިޚް ސުލައިމާން ބިން ނާޞިރް އަލްޢަލްވާން

🔻🔻

Читать полностью…

Galandān ގަލަންދާނު

💬 ދުނިޔޭގެ ބިމަށް ކަނޑު އެރުމަށް އިޒުނަ އެދޭ ހަދީޘް ގެ މައްޗަށްވާ ޚުލާސާ

އިމާމް އަހްމަދު "މުސްނަދު" ގައި ރިވާކުރެއްވި އެވެ: ޔަޒީދު ފަރާތުން، އަލް ޢައްވާމް ފަރާތުން، އައްސާހިލް ގައި ރިބާތަށް ހުންނެވި ޝެއިޚެއް (އެބަހީ މުސްކުޅިމީހެއް) ފަރާތުން ރިވާކުރެއްވި އެވެ: ތިމަން ޢުމަރު ބްނިލް ޚައްތާބުގެ މިނިވަން ކުރެވިފައިވާ އަޅު، އަބޫ ޞާލިޙު އާއި ބައްދަލުވި އެވެ. އޭނަ ދެންނެވިއެވެ: ޢުމަރު ބްނިލް ޚައްތާބު، ﷲ ގެ ރަސޫލު ﷺ އަރިހުން ޙަދީޘް އެއް ތިމަންނައަށް ރިވާކުރެއްވި އެވެ. އެކަލޭގެ ފާނު ޙަދީޘް ކުރެއްވި އޭ:

« لَيْسَ مِنْ لَيْلَةٍ إِلَّا وَالْبَحْرُ يُشْرِفُ فِيهَا ثَلاثَ مَرَّاتٍ عَلَى الْأَرْضِ، يَسْتَأْذِنُ اللهَ فِي أَنْ يَنْفَضِخَ عَلَيْهِمْ، فَيَكُفُّهُ اللهُ عَزَّ وَجَلَّ »
”ކަނޑު ބިމާއި ދިމާލަށް ތިން ފަހަރު ބަލައި ނުލާ އެއްވެސް ރެއެއް ނުދެ އެވެ. އެ އީ ﷲގެ ހަޒުރަތުން އެޔަށް އަރައިގަތުމުގެ އިޒުނަޔަށް އެދެމުންނެވެ. (އަާދަމުގެ ދަރިން އޭގައި ޣަރަގު ކޮށްލުމަށެވެ). އެހެނަސް ﷲ عَزَّ وَجَلَّ އެކަމުން އެ މަނާކުރައްވައެވެ.“

މުސްނަދުގެ ތަޢުލީޤު ގައި އިމާމް އަހުމަދު ޝާކިރު ވިދާޅުވި އެވެ: ”މިރިވާޔަތުގެ ސަނަދު ޟަޢީފު އެވެ. އެހެނީ އަލްޢައްވާމު ބްނު ހަވްޝަދު މި ރިވާކުރެއްވި މުސްކުޅި ބޭފުޅަކީ ކާކުކަން ނޭގެއެވެ. އަދި ޢުމަރު رضي الله عنه ގެ މިނިވަން ކުރެވިފައިވާ އަޅު، އަބޫ ޞާލިޙު އަކީ ވެސް މަޖްހޫލެކެވެ. (ކާކުކަން ނޭގޭ މީހެކެވެ). އަދި އަލް އަރްނާއޫޠު ވެސް ހަމަ މިބީދާއިން ވިދާޅުވި އެވެ.


އަހަރެން ބުނަމެވެ: އިލްމުވެރިން ގެ ތެރެއިން ބަޔެއް ބޭފުޅުން މި މާނަ ﷲގެ ވަހީ ބަސްފުޅު ﴿وَالْبَحْرِ الْمَسْجُورِ﴾ (އަދި ފުރިގެންވާ ކަންޑު ހުވާ ކުރައްވަމެވެ.) [الطور 6] —މި އާޔަތުގެ މާނައިގައި ގެންނަވާފައި ވެއެވެ.

މި އާޔަތުގެ ތަފްސީރާއި މެދު ޢިލްމުވެރިންގެ އިޚްތިލާފުތަށް ގެންނެވުމަށް ފަހު އިބްނު ކަޘީރު ވިދާޅުވިއެވެ:

”އަދި ބުނެވެ އެވެ: "މަސްޖޫރް" މިކަލިމައިގެ މުރާދަކީ: 'އަރައިގަތުމުން މަނައު ވެފައި (ވުމެވެ).' އެބަހީ ބިންގަނޑުގެ މައްޗަށެވެ. އެ ޣަރަޤު ކޮށްލުމަށެވެ... އޭގެ އަހުލުންވެސް ޣަރަޤުވުމަށެވެ. މިފަދައިން ޢަލިއްޔު ބުނު އަބީ ޠާހާ ގެ މަގުން، އިބްނު އައްބާސް އަރިހުންވެއެވެ. އަދި އަލްސުއްދީ އާއި އެނޫން ބޭފުޅުން ވެސް ނަޤުލުކުރެއްވިއެވެ. އަދި މިކަމުގެ މައްޗަށް އިމާމް އަޙުމަދު ރިވާކުރެއްވި ޙަދީޘް ދަލީލުކޮށްދެއެވެ...“ —އެޔަށް ފަހު އިހު ބަޔާން ވެވުނު ޙަދީޘް، އިބްނު ކަޘީރު ގެންނެވި އެވެ. ދެން އެ ޙަދީޘް ޟަޢީފު ކަމަށް ވިދާޅުވި އެވެ." (ތަފްސީރު އިބްނު ކަޘީރު 7/400)

އިބްނުލް ޤައްޔިމް މި ޙަދީޘް ގެންނަވައި ވިދާޅުވި އެވެ: ”މިއީ ﷲ عز وَجل ގެ ވަޙީ ބަސް ފުޅު: (وَالْبَحْر الْمَسْجُور) ގެ މާނަތަކުގެތެރެއިން އެއް މާނައެވެ. "އަލްމަސްޖޫރް" އަކީ މިއީ ކަމެކެވެ." (މިފްތާޙް ދާރުއްސަޢާދާ 1/204)

މި އާޔަތުގެ މާނަ މިއީ ކަމަށް ޘާބިތުވިޔަސް، އޭގެން އެ ޙަދީޘް އަށް ބާރެއް ނުދެއެވެ. ކޮންމެ ރެއެއް ގައި ކަނޑު އިޒުނަ ހޯދުމާއި ޣަރަގުކޮށްލުމަށް އެދޭ އެދުމެވެ. އެހެނަސް މި އާޔަތުގެ މާނައިގެ އަސްލު އެކަމަށް ފުދެއެވެ. ކަނޑު އުތުރި އަރާކަމެވެ. އަދި ﷲ تعالى މަނާ ނުކުރައްވަނީނަމަ އަދި އެ އިލާހުގެ ދީލަތިވަންތަކަމުން މެނުވީ، އެކަނޑު ބިމުގެ މީސްތަކުންގެ މައްޗަށް ބަންޑުން ވެދާނެތެވެ. އަދި މީގެން ﷲ تعالىގެ ކުޅަދުންވަންތަ ކަމާއި، އަހަރެމެންގެ މައްޗަށްވާ އެ އިލާހުގެ ނިޢުމަތް ބަޔާން ވެއެވެ. އެއީ އުޑުތަކާއި ބިމުގެ ހިފެހެއްޓެވުމުގެ ކުޅަދުންވަންތަކަން އެ އިލާހު މިޘާލު ދެއްކެވިފަދައިއްނެވެ.

﴿ إِنَّ اللَّهَ يُمْسِكُ السَّمَاوَاتِ وَالْأَرْضَ أَنْ تَزُولَا وَلَئِنْ زَالَتَا إِنْ أَمْسَكَهُمَا مِنْ أَحَدٍ مِنْ بَعْدِهِ إِنَّهُ كَانَ حَلِيمًا غَفُورًا ﴾ (ހަމަކަށަވަރުން، اللَّه، އުޑުތަކާއި ބިން އެހުރިގޮތުން ނެއްޓިދިޔަ ނުދެއްވައި ހިފަހައްޓަވަތެވެ. އަދި ހަމަކަށަވަރުން، އެހުރިގޮތުން އެ ދެތަން ނެއްޓިއްޖެނަމަ، އެކަލާނގެ ފިޔަވައި އެތަންތަން ހިފަހައްޓާނެ އެއްވެސް މީހަކު ނުވެތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، حليم ވަންތަ ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެ ކަމުގައިވެއެވެ.) [فاطر41]

އައްސަޢްދީ رحمه الله ވިދާޅުވި އެވެ: (وَالْبَحْرِ الْمَسْجُورِ) އެބަހީ: ފެންގަނޑު އުތުރި އެރުމެވެ. ﷲ އެ (ކަނޑު) ކެކުމަށް އިރާދަކުރައްވައެވެ. އަދި އެހެނަސް ބިމުގެ މައްޗަށް އެ ބަންޑުން ވުމުން މަނައު ކުރައްވަ އެވެ..."


~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

💬 ޢައްބާސީންގެ ޅެންވެރިޔާ، އަލްމުތަނައްބީ ގެ ބައިތެއްގައި ވެއެވެ:

وَكَمْ مِنْ عَائِبٍ قَوْلًا صَحِيحًا
ވޭހެ ކިތަކެއް މީހުން ، ޞައްޙަ ބުނުމެއް ގޯސްކުރާ
وَآفَتُهُ مِنَ الْفَهْمِ السَّقِيمِ
އޭގެ އާފާތެއް އޮތީ ، ފަހުމު ކޮށިކަމުންނޭ⁽¹⁾ އޭގަވާ

وَلَكِن تَأخُذُ الآذانُ مِنهُ
މާތުރަ އެބަސް، ކަންފަތްތަކަށް އިވެމުންދަނީ
عَلى قَدرِ القَرائِحِ وَالعُلومِ
ހޭވެރިކަމާ⁽²⁾ ޢިލްމީ އެރޯ، ހުރިވަރުންނެ ފިލާ


⁽¹⁾ ”ކޮށިކަމޭ“ މިތާ މިއޮތީ السَّقِيمِ ، އަދި އޭގެ އަޞްލު މާނައަކީ ބަލިމަޑުކަމެވެ. އެހެންކަމުން ޞައްޙަ ޤަޥްލެއް އަޑު އިވުމުން އެއަށް ބަސްބުނާ އެތައް ބައެއްގެ އަޞްލު މައްސަލައަކީ އެވެރިންވެ ވިސްނުމުގައި ވާ ބަލިމަޑުކަމެކެވެ.

⁽²⁾ ”ހޭވެރިކަމޭ“ މިތާ މިއޮތީ القَرائِحِ މިބަހަށެވެ. އެއީ އެއްޗަކުުން ނިކުންނަ އެންމެ ފުރަތަމަ އަދި އަސާސީ ތެތްކަމެވެ. އަދި ނެގިފައިވަނީ ވަޅަށް އަރާ އެންމެ ފުރަތަމަ ފެނަށް ކިޔޭ ބަަހުންނެވެ. އަދި މިވެނި މީހެއް ވަނީ އޭނާގެ އުމުރުގެ قرح ގައޭ، ބުނެވިއްޖެނަމަ، އެބަހީ އުމުރުގެ ފުރަތަމަ ކޮޅުގައެވެ. އަދި قراح ފެނޭ ބުނެވިއްޖެ ނަމަ އެބަހީ، އެހެން އެއްޗަކާއި އެއްނުވެ އެހުރި ކަމެވެ.

ވީމާ އެއީ އެމީހެއްގެ ޠަބީޢަތެވެ. އޭގެ އަޞްލެވެ. ހެޔޮކޮށްދެކުން ނޫނީ ނުބައެވެ. ހަސަދަ ނޫނީ އޯގާތެރިކަމެވެ. އެހެންކަމުން ކަންފަތަށް އިވޭ އެއްޗެއް ނަގައިގަނެވެނީ ޠަބީޢަތުގެ މި އަޞްލާއި އެމީހެއްގެ ޢިލްމުގައި ހުރި ކުޅަދާނަކަމުގެ މިންވަރުގެ މައްޗަށެވެ. މިގޮތުން ޖާހިލަކަށް އެއިން ފަހުމެއްވެސް އަދި ޢިލްމެއްވެސް ނުލިބެއެވެ.


~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

اختر إلهك

❞ ﷲ عز وجل އިންސާނާ ޚަލްޤުކުރެއްވީ އަޅުކަން ކުޅައުމަށެވެ.

ތިބާގެ އިލާހު، ނިކަން ޚިޔާރުކޮށްބަލާށެވެ!

އެހެންޏާ އެއީ ﷲ އެވެ. ނޫނީ، ﷲ ނޫން ފަރާތެކެވެ. ނޫނީ، ތިބާގެ ހަވާނަފުސެވެ.

މިތިންފަރާތުން ކުރެ ފަރާތެއް ނުނަގާން ލާހިކު ކުޅަދާނައެއް ނޫނެވެ.

މީސްތަކުން ތެރެއިން ގިނަ އެތައް ބައެއް ހީކުރަނީ، އެމީހެއް ﷲ عز وجل އަށް އަޅުކަން ނުކުރާނަމަ، އަދި އެމީހެއްގެ ވަށައިންވާ އެއްވެސް ފަރާތަކަށް އަޅުކަން ނުކުރާނަމަ — އޭނާ އަކީ "މިނިވަނެއް" ކަމުގައެވެ. އަދި އަޅުވެތިކަމެއް ދަށުގައި ނެތް މީހެއް ކަމުގައެވެ.

ހަަމަަހިލާާ އެހެންނެއް ނޫނެވެ!

ތިބާ ތިއަޅުކަން ތިކުރަނީ، ތިބާގެ ހަވާ ނަފުސަށެވެ. ތިބާގެ އެދުންތަކަށެވެ...

މިސަބަބަށްޓަކައި ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿أَفَرَأَيْتَ مَنِ اتَّخَذَ إِلَٰهَهُ هَوَاهُ﴾ (ތިމާގެ إله އަކީ ތިމާގެ هوى نفس ކަމުގައި ހަދައިގެން އުޅޭ މީހާ (ނުވަތަ މީހުން) ކަލޭގެފާނު ފަހެ ދެކެވަޑައިނުގަންނަވަނީ ތޯއެވެ؟)

ތިބާ ބައްޓަން ކުރާފަރާތަކީ ތިބާގެ އިލާހެވެ.

ތިބާގެ ޒާތު ނޫން ފަރާތަކަށް (ﷲ ވިޔަސް ނޫނީ އެނޫން ފަރާތަކަށް ވިޔަސް) ތިބާ އަޅުކަން ކުރާހިނދު، ތިބާާ އެފަރާތަކަށް އަޅުކަން ކުރަނީ، އެފަރާތެއްގެ ފުށުގައިވާ ކަމެއް މަތިވެރި ކުރާތީއެވެ. ވީމާ އެ މާތް މަތިވެރިކަން (އެއިލާހަކުން) ދޫކޮށް ތިބާ، ތިބާގެ އަމިއްލަ ޒާތުގެ މަައްޗަށް ފުރޮޅާލައެވެ... އެހެންކަމުން އަޅުދާސް ވެވެނީ ތިބާގެ ނަފުސަށެވެ.

މިސަބަބަށްޓަކައި ﷲ سبحانه وتعالى މީސްތަކުންނަށް އެއިލާހަށް އަޅުކަންކުޅައުމަށް ގޮވާލެއްވިހިނދު، އެދިވޮޑިގެންނެވީ އަޅުވެތިވުމުގެ ދޭއްޗަކުން އެއުރެން މިނިވަން ކުރެއްވުމެވެ: އެއީ ﷲ ނޫންފަރާތް ތަކުގެ އަޅުވެތިކަމާއި، އަމިއްލަ ހަވާނަފުސުގެ އަޅުވެތިކަމުންނެވެ.

މިސަބަބަަށްޓަކައި އިންްސާނާއަށް އެންމެ ބޮޑު މިނިވަންކަމެއް ލިއްބައިދިނުންވާ އެއްޗަކީ، ޚުދު ﷲ جل وعلا އަށް އަޅުވެތިވުމުގައެވެ. އަދި ﷲ سبحانه وتعالى ނޫން ފަރާތަކަށްޓަކައި ކަމެއް ކުރުމުން ވީއްލިހުރުމުގައެވެ. ❝

— ޢަބްދުލް ޢަޒީޒް އައްޠަރީފީ

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

••
❞ ޖަލަކީ ދުނިޔޭގެ ނިމުމެއް ނޫނެވެ. އަދި އެއީ، އަނިޔާވެރިޔާ ކާމިޔާބު ވީކަމުގެ ދަލީލެއްވެސް ނޫނެވެ. އަދި ދުވަސްތައް ފުރޮޅެއެވެ.⁽¹⁾ އަދި ޙާލަތް އެއްގޮތަކަށް ދެމިއޮތުމީ ނުވާނޭ ކަމެކެވެ. ﴿وَالْعَاقِبَةُ لِلْمُتَّقِينَ﴾ ”އަދި ނިންމާލުމުގެ ކުޅިފަސް ވަނީ، (ހަމައެކަނި) ތަޤްވާވެރީންނަށެވެ.“ [القصص:83].❝ — އަލްޢަލްވާން

~ ގަލަންދާނު

______
[1] މީސްތަކުންގެ ތެރޭ ކާމިޔާބީ އާއި ނާކާމިޔާބީ ﷲ ފުރޮޅުއްވުމުގެ ސުންނަތް: {إِن يَمۡسَسۡكُمۡ قَرۡحٌ فَقَدۡ مَسَّ ٱلۡقَوۡمَ قَرۡحٌ مِّثۡلُهُۥۚ وَتِلۡكَ ٱلۡأَيَّامُ نُدَاوِلُهَا بَيۡنَ ٱلنَّاسِ...} ”ތިޔަބައިމީހުންނަށް ހާނީއްކަޔާއި ވޭންލިބޭނަމަ، ހަމަކަށަވަރުން، (كافر ންގެ) މީސްތަކުންނަށްވެސް، އެފަދަ ހާނީއްކަޔާއި ވޭން ވަނީ، ލިބިފައެވެ. އެއީ، ދުވަސްތަކެކެވެ. އަދި ތިމަން ރަސްކަލާނގެ މި (މޮޅުވުމާއި ބަލިވުމުގެ) ދުވަސްތައް، މީސްތަކުންގެ މެދު އެއްބަޔަކަށްފަހު އަނެއްބަޔަކަށް ބަދަލުކުރައްވަމެވެ.“ [آل عمران 140]

Читать полностью…

Galandān ގަލަންދާނު

#حديث_صحيح

❞ ދުޢާ އަކީ އެންމެ މާތް އަޅުކަންތަކުގެ ތެރެއިން ވާ އެއްޗެކެވެ. އަދި މީގެ މައްޗަށްވާ ދަލީލަކީ، ސުނަން ފޮތްތަކުގެ ބޭކަލުން، ނުޢުމާނު ބުނު ބަޝީރު رضي الله عنهما އަރިހުން ރިވާކުރެއްވި ޞައްޙަ ޙަދީޘެވެ. އެއީ ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިޔޭ:

«الدُّعَاءُ هُوَ الْعِبَادَةُ»⁽¹⁾
(ދުޢާ ކުރުމަކީ، އަޅުކަމެވެ.)

ދެން ކިޔަވައި ވިދާޅުވިޔޭ: ﴿وَقَالَ رَبُّكُمُ ٱدۡعُونِىٓ أَسۡتَجِبۡ لَكُمۡۚ إِنَّ ٱلَّذِينَ يَسۡتَكۡبِرُونَ عَنۡ عِبَادَتِى سَيَدۡخُلُونَ جَهَنَّمَ دَاخِرِينَ﴾ ((އޭ މީސްތަކުންނޭވެ!) ކަލޭމެންގެ ރައްބު ވަޙީ ކުރައްވައެވެ. ކަލޭމެން ތިމަން ރަސްކަލާނގެއަށް ދުޢާ ކުރާށެވެ! ތިމަން ރަސްކަލާނގެ ކަލޭމެންނަށް ދުޢާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެއަށް އަޅުކަންނުކޮށް، ބޮޑާވެގަންނަ މީހުން ދަންނައެވެ. ނިކަންހުރެ ނިކަމެތިވެގެންވާ ޙާލު އެމީހުން ނަރަކައަށް ވަންނަހުއްޓެވެ.)

އެހެންކަމުން،
ދުޢާގެ ތެރެއަށް އަޅުކަން ޖަމަޢަ ކުރެއްވިއެވެ.“ ❝

— އައްޝެއިޚް، އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)


~ ގަލަންދާނު


--------------
[1] ރިވާކުރެއްވީ، އަބޫ ދާވޫދު (1479 )، އައްތިރުމިޛީ (2969 ) ރިވާކުރައްވައި "ޙަސަން ޞަޙީޙު" އޭ ވިދާޅުވި، އަދި އިބްނު މާޖާ (3828 )
ނޯޓް: މިޙަދީޘް ގެ އިނގިރޭސި ޝަރަޙައެއް، އިސްލާމް ސުވާލާއިޖަވާބު ގެ 320772 ވެއެވެ.

Читать полностью…

Galandān ގަލަންދާނު

الشيخ أبو حفص الشامي -رحمه الله

Читать полностью…

Galandān ގަލަންދާނު

رأيتُ الله فــــي ذا الـــكون ربــاً
ފެނުނޭ އަޅަށް، ﷲ ކައުނުގެ ރައްބަށް

جميــــع الكائنـــات لـــه تـُـحابِ
ވީހާ ކާއިނާތެއް، އެއިލާހަށްވެތޭ ލޯތްބެއް

شــــواهد أنـــه فــردٌ جـــليـــلٌ
ވެޔޭ ހެކިއެތައް، އެއީކަން އެކަހެރި ޖަލީލޭ

ِعلى رغـــم الـــمجادِلِ بالـكذابِ
އެޔަށް ދޮގުކުރާ، އެބައެއްގެ ނުރުހުމާއެކު


~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

* Added new link as (justpaste) is down.

Читать полностью…

Galandān ގަލަންދާނު

ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ:

❞ ފަހެ ހަމަކަށަވަރުން ކުފުރާއި ފިސްޤު އަކީ ޝަރުޢީ ޙުކުމްތަކެކެވެ. ބުއްދި ބޭނުންކޮށް ގޮތްކަނޑައަޅޭ ޙުކުމްތަކުގެ ތެރެއިންނެއް އެޔެއް ނުވެއެވެ. އެހެންކަމުން ކާފަރަކީ، ﷲ އާއި އެއިލާހުގެ ރަސޫލު ކާފަރެއްކަމަށް ގެންނަވައިފިމީހެކެވެ. އަދި ފާސިޤަކީ ، ﷲ އާއި އެއިލާހުގެ ރަސޫލު ފާސިޤެއްކަމަށް ކަނޑައަޅުއްވައިފި މީހެކެވެ. އެއީ މުއުމިނެއް އަދި މުސްލިމަކީ، ﷲ އާއި އެއިލާހުގެ ރަސޫލު މުއުމިނެއް އަދި މުސްލިމެއް ގޮތުގައި ގެންނަވައިފި މީހަކަށް ވާފަދައިންނެވެ. އަދި ޢަދުލަކީ ﷲ އާއި އެއިލާހުގެ ރަސޫލު ޢަދުލެއްގޮތުގައި ކަނޑައެޅުއްވި އެއްޗެކެވެ. އަދި ލޭ މަޢުޞޫމު ވެގެންވަނީ، ﷲ އާއި އެއިލާހުގެ ރަސޫލު ލޭ މަޢުޞޫމު ކުރެއްވިބަޔެކެވެ. އަދި އާޚިރަތްދުވަހު އުފާވެރިވެގެންވާ މީހަކީ، ﷲ އާއި އެއިލާހުގެ ރަސޫލު އެމީހަކީ އާޚިރަތުގައި އުފާވެރިއެއްކަމަށް އަންގަވައިފި މީހެކެވެ. އަދި އެދުވަހު ގެއްލިނެތިވެގެންވަނީ، ﷲ އާއި ރަސޫލު، އެދުވަހުން ގެއްލިނެތިވެގެންވާކަމަށް ޚަބަރުދެއްވިމީހެކެވެ. އެހެންކަމުން މިކަން، އެކީ އެއްކޮށް، ޤާއިމުވެވެނީ ޝަރުޢުންނެވެ. (އެބަހީ ޝަރުޢީ ދަލީލުގެ މައްޗަށެވެ.) ❝

— މިންހާޖުއް ސުންނަތިއް ނަބަވިއްޔާ" (5/92)


~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

📄«ބިދުޢީ އިންތިޚާބުތަކަށް، ޖިބޫތީ ސުވާލުތަކުން ޝަރުޢީ ޖަވާބުތަކެއް »

— ޝެއިޚް ޙައްސާން ޙުސައިނުއް ޞޫމާލީ

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ: «من أكبر الكبائر أن يشتم الرجل والديه» ”ފާފަތަކުން އެންމެ ބޮޑު ފާފައިގެ ތެރޭގައި ވަނީ، މީހާކު އޭނާގެ މައިންބަފައިންނަށް ހުތުރުއެއްޗެހި ގޮވުމެވެ.“ މީސްތަކުން ބުންޏެވެ: ”އޭ ﷲ ގެ ރަސޫލާއެވެ! މީހަކު އޭނާގެ މައިންބަފައިންނަށް ހުތުރު އެއްޗެހި ގޮވައިފާނެހެއްޔެވެ؟“ ޙަދީޘް ކުރެއްވިއެވެ: «نعم، يسبُّ أبا الرجل فيشتم أباه، [ويشتم أمه فيسب أمه]» ޙަަދީޘް ކުރެއްވިއެވެ: ”އާއެކެވެ. އޭނާ މީހެއްގެ ބައްޕައަށް ހުތުރު އެއްޗެހި ގޮވައެވެ. ދެން އެމީހާ މީނާގެ ބައްޕައަށް ހުތުރު އެއްޗެހިގޮވައެވެ. [އަދި އެމީހާގެ މަންމައަށް ހުތުރު އެއްޗެހި ގޮވައެވެ. ދެން މީނާގެ މަންމައަށް އޭނާ ހުތުރު އެއްޗެހިގޮވައެވެ.]“ (ރިވާކުރެއްވީ ދެޝެއިޚުން އަދި އެނޫން ބޭކަލުން)

އަލްމާޒަރީ ވިދާޅުވިއެވެ:

❞ މިޙަދީޘުން ޙާޞިލްވާ ކަންތަކުގެ ތެރޭގައި: އެމީހަކަށް ޙަލާލުވެގެން ނުވާ ޙާލު ސިލްކު ހެދުންް ލުމަށް، ސިލްކު ފޮތި ވިއްކުން މަނައު ވުމާއި މެދު އޮތް ދެރައުޔުން އެކައްޗަށް މިއީ ޙުއްޖަތެކެވެ. އަދި އެޔަކުން ދިޔަ ފެލައިގެން ރާ ހަދައި އެބޯނޭ މީހަކަށް، މޭބިސްކަދުރު ވިއްކުންވެސް މެއެވެ. އެހެނީ (މަަނާކަމަކަމެއް ފޯދުމުގެ) ސަބަބު ގެނެސް ގަތް މީހާ، ސީދާ އެ ޢަމަލު ކުރި މީހާ ފަދައިން އެކަލޭގެފާނު ޛިކުރު ކުރެއްވީތީއެވެ.

— އަލްއިމާމު އަބޫ ޢަބްދި ﷲ މުޙައްމަދި ބްނި ޢަލިއްޔި ބްނި ޢުމަރަލް މާޒަރިއްޔި [އަލްމާޒަރީ] (536 ހ.)

މަޞްދަރު: އަލްމުޢުލިމު ބިފަވާއިދިލް މުސްލިމް 1/204

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

ކުށާއި އެކީގާ ވިތުރާ އިނގޭތީ،
ދުވާލު ރޭދަންވަރާ ވިސްނަން ހޭލާވި،
ނަމަވެސް ... ތިބާ ނުވާށޭ، އަނދިރީގެ ތެރޭގާ
ހަޔާތު އުފަން ސަބަބޭ މުހިއްމީ

ނިޝާން ވިބީދައިން އުޑުގާ ފުރޭތީ،
ދުޢާމި ރޭދަންވަރާ ކޮށްލަން ހޭލާ،
ވިޔަކަސް... ތަބާ ވެލާށޭ، ކަރުނައިންވެ ރޮވޭތީ
ކިޔާށި ހިތުން ﷲ ربي

الكريم رحيم يا الله الهادي
عزيز جل الله غفور ودود
يا نور ތިޔައޭ ކުޅަދުންވަންތަ އިލާހް
يا نور ތިޔައޭ ކުޅަދުންވަންތަ އިލާހް

ތައުބާ ރޭވިހުސް ޤުރުބާން ވެވި ނަފްސު ބުނީ
“ ޤާއިމް ވާނަން ނޫރުން “
ވިނިޔާ ނޭނގުނަސް ތައުބާ ތިހިތުން ވެލުމުން
ޔާ އިލާހް މާތް މައާފްކުރާނެތޭ
ލިބިފާ ރޯދިހުސް ނިމިދާނެޔެ ޖައްވުތެރޭ، ރޯޅި ތާޒާ ވައިތެރޭ
ބީވާން ނޭދުނަސް ދުނިޔޭން ނެތި ދާނެތެދޭ،
ވާށި ސަޖިދައިގާ މިރޭ


”ތަބާ ވެލާށޭ“ — (މަޞްދަރު ، ލިރިކްސް: ޞިރާތު މުސްތަޤީމް)

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

📌 ﷲ تعالى ގެ ވަޙީ : { وَٱلۡكَٰظِمِينَ ٱلۡغَيۡظَ } [آل عمران 134] (އެއީ، ރުޅިވެރިކަން ހަންމަތަކުރާ މީހުންނެވެ.)

އައްސަމީނިލް ޙަލަބިއްޔު (756 ހ.) ވިދާޅުވިއެވެ :

❞ {الغيظ} : އެންމެ ވަރުގަދަ ރުޅިއެވެ. އެއީ މީހެއްގެ ހިތުގެ ލޭ ކެކިގެން އަންނަ ހޫނެވެ. އެހެންކަމުން ރުޅިއަށް ވުރެ އެ ޚާއްޞައެވެ. އެހެނީ ކޮންމެ غيظ އަކީ ރުޅިއެކެވެ. އެހެނަސް ކޮންމެ ރުޅިއަކީ غيظ އެއް ނޫނެވެ. ❝

‏— عمدة الحفاظ : ٣/ ١٨٩

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

🔗 #الولاء_والبراء

”މަގު މިއޮތީއެވެ. ފަހެ ފިރިހެނުންތައް ކޮބައިހެއްޔެވެ؟“

— އައްޝައިޚް ސުލައިމާން ބިން ނާޞިރް އަލްޢަލްވާން

Читать полностью…

Galandān ގަލަންދާނު

فإذا أبصرتَ حُسناً .. فاذكر الوجه القبيح
ތިބާއަށް ހެޔޮ ފެންނާނެނަމަ،
އޭގެ ނުބައިވެސް ހަދުމާކުރާށިއޭ

لن ترى فيه كمالاً .. ليس في الدنيا صحيح
އެއަކުން ފުރިހަމަކަމެއް ނުފެންނާނެތޭ
ދުނިޔެއަކު ފުރިހަމަ އެއްޗެއް ނުވޭ

لا تسلني أين أمضي .. فبِيَ الدرب يسير
ނާހާށޭ މަގާތު ކޮންތާކަށްހޭ ދިޔުންވަނީ
ފަހެ މަގު ވަރަށް ކުރޭ

لست أدري ليسير .. سار أم شيء عسير
ނޭގޭ މަށަށް އެފަސޭހަތޯ
ނޫނީ އެއީ އުދަގޫއެއްޗެއް ކަމެއް

كم تمنينا أمانٍ .. ونسجنا من خيال
ކިހާވަރަކަށްހޭ އެދެނީ އަމާނަށް
އަހަރެމެންގެ ޙިޔާލުގައިވެސް އެފަވަމުހޭ

أن نرى الدنيا نعيماً .. وهناءً وجمال
ދުނިޔޭގެ ނިޢުމަތް ދެކޭން ނިކަންް
އޭގެ ފާގަތިކަމާއި އޭގެ ރީއްޗަށް

فإذا الآمال قصر .. من خيوط العنكبوت
ދެންފަހެ ފަނޑުވެދޭ އުއްމީދުތައް
މަކުނުގެ ވަލުން ވިޔެވި އެވޭ

ليت شِعري كيف ماتت .. لم تعش حتى تموت
އެދެމޭ އެނގޭން އަހަރެންގެ ޅެންތައް މަރުވާނެގޮތް
ގައިމޭ ތިބާ، ދިރިނޫޅެވޭ މަރުވުމުން މެނުވީ


~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

🎖Ibn Taymiyyah while describing a (corrupt) wording of a du'ā, notes some great scholars who were unaware of it until they were clarified. In it he mentioned the great Shāfa'ī scholar, Al-Nawawī, with respect.

Shaykh Al-Islām, ibn Taymiyyah says: “...and it was mentioned to me by a narrator⁽¹⁾ who, is amongst the distinguished companions of the (maḍ'hab of) Al-Shāfa'īs, that he met Al-Imām Abū Zakariyyā Al-Nawawī, and that he did not realize the objective of denial to the (wording of this) du'ā —until it was clarified to him— and then, he realized it.”

— Majmū' Al-Fatāwā (8/382)
(Left: The scan of original manuscript in his own hand writing)


~ Galandān

----------
[1] The narrator he is referring to, is most probably, Al-Ḥāfiẓ Abū Al-Ḥajjāj Al-Mizzī Al-Shāfi'ī (d. 742 H)

Читать полностью…

Galandān ގަލަންދާނު

📌 މި ޗެނަލްއަކީ ޝައިޚް ސުލައިމާން އަލް-ޢަލްވާންގެ ބުނުންތަކުގެ ދިވެހި ތަރުޖަމާ ގެނެސްދިނުމަށް ޙާއްޞަ ކުރެވިފައިވާ ޗެނަލްއެއް. إن شاء الله

/channel/shaykh_Alwan_Dhivehi

Читать полностью…

Galandān ގަލަންދާނު

شيئان محزنان : رجل لم يدخل المسجد إلا في جنازته و امرأة لم تستر نفسها إلا في كفنها.

❞ ހިތާމައިގެ ދެކަމެއް: އަމިއްލަ ޖަނާޒާއަށް މެނުވީ، މިސްކިތަށް ނުވަދެވިއްޖެ ފިރިހެނެކެވެ. އަދި އަމިއްލަ ކަފުނުން މެނުވީ، ފަރުދާ ނުވެވިއްޖެ އަންހެނެކެވެ. ❝

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

•••
ބަސްކޮޅެއް މިދީނުގައި ،އަގުވަނީ އެދިނުމުގައި
އިހުގެބަސް ތަކުންނަގައި، ފަހުގެ ބަސްތަކަށް އަޅައި

އަފަގެ ޗުކުތަކެއް ތަޅައި، ވޭމަފުތު ސަމާލުގައި
ލިޔުނަކަސް އެހާހުގައި، ބަރުނުވޭ ތިވަޒަނުގައި


~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

🔻🔻

Question: Is the woman's voice 'awrah? If yes, then how can she buy, sell, seek knowledge and teach?

Answer: The woman's voice is not 'awrah in itself, and the decisive word in knowing what is forbidden for a woman to speak, or raise voice, is what came in His (subhanah) statement: “O wives of the Prophet! You are not like any other women. If you keep your duty (to Allah), then be not soft in speech, lest he in whose heart is a disease (of hypocrisy, or evil desire for adultery) should be moved with desire, but speak with an appropriate speech.” [Surah al-Ahzab: 32]

So, what is forbidden for a woman is being gentle in speech [to men] and it is obligatory upon her to speak in an honourable manner. Therefore, if men address her, she should not be lenient in her speech and neither soften her voice. She must address them in a way that is not soft, it must be precise (to the point) and not lengthened, and similar to that.

And in general, it is permissible for women to speak to [non-mahram] men when necessary, or about matters that are permissible in Shari'ah and that are m'aruf (good) and are not munkar (bad), as happens while buying and selling, similarly a woman may ask a scholar, or a judge, about some legal Islamic matters, or he may ask her, as is proven in various texts of the Quran and Sunnah.

Within the guidelines described, there is nothing wrong with a woman speaking to a non-mahram man, especially at the time of necessity.

Al-Shaykh Abū Hafṣ Al-Shāmī
(رحمه الله)
Fatāwā No: 810 (translation source)

~ Galandān

Читать полностью…

Galandān ގަލަންދާނު

•••
❞ . . . (ޢާޝޫރާ ދުވަހާއި އެކު) އޭގެ ކުރިން އަދި އޭގެ ފަހުން ދުވަހެއް ލައިގެން ރޯދަހިފުން، ދަންނައެ، އެރިވާޔަތުގެ ސަނަދު ޟަޢީފުއެވެ. އިބްނު އަބީ ލައިލާ ގެ ހަނދާން ބަލިކަށިކަމުގެ ސަބަބުންވެ. އަދި އަޞްޙާބު ބޭކަލުންކުރެ އެއްވެސް ބޭކަލެއް، 11 ވަނަ ދުވަހު ރޯދަ ހިއްޕެވިކަމަށް، އަހަރެންނަށް އެނގިފައިނުވެއެވެ.

— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އަލްޚުޟައިރު

~ ގަލަންދާނު

Читать полностью…
Subscribe to a channel