qalandhar | Unsorted

Telegram-канал qalandhar - Galandān ގަލަންދާނު

1843

ޢިލްމު އަދި އެއަށް ލޯބިކުރާ ދަރިވަރުންނަށް Notes by, ibn Fahmī Dīdī عفا الله عنه Friends & family

Subscribe to a channel

Galandān ގަލަންދާނު

📌
❞ ސާފުކޮށް ދަނެގަނެވިފައިވާ އެއްޗަކީ، ޔަހޫދީންނާއި ގަދަހަދައި، އެވެރިން ފަލަސްތީނުން ނެރުލުމަށްޓަކައި އޮތް ހަމައެކަނި މަގަކީ، ހަތިޔާރުން ޖިހާދުކުރުން ކަމެވެ. ފަހެ ގަދަބާރުން ޖަހައިގަތް އެއްޗެއް، ގަދަބާރުން މެނުވީ ލިބުންވެސް ނުވެއެވެ.

— އަލްޢައްލާމާ އައްޝެއިޚް ޙުމޫދު ބުނު ޢުޤްލާ އައްޝުޢައިބީ (رحمه الله)

(މަޞްދަރު: ޢަރަބީންނާއި މުސްލިމުންގެ ވެރީންނަށް ގޮވާލުމެއް)
05 August, 2001

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

🗣 (ހަށިގަނޑުން) ލޭބޭރުވުމުން ވުޟޫއު ގެއްލޭ ހެއްޔެވެ؟

❞ ދެންފަހެ ލޭހަދިޔާކުރުމަށްޓަކައި ނޫނީ އެނޫންވެސް ގޮތަކުން ހަށިގަނޑުން (ކުރިމަތިފަރާތާއި ފުރަގަސްފަރާތް ނޫން ތަކަނަކުން) ލޭ ބޭރުވެއްޖެނަމަ، ވުޟޫކުރުމެއް ނުވެއެވެ. އެހެނީ މިކަމުގެ މައްޗަށް ދަލީލެއް ޘާބިތުވެފައި ނެތަތީވެއެވެ. އަދި ލޭ ބޭރުވުމީ ވުޟޫއު ގެއްލޭކަންތަކުގެ ތެރެއިންވާ އެއްޗެއް ނޫނެވެ. ހަމަ އެބީދާއިން އެއްވެސް ނަޖިހެއް ބޭރުވުމީވެސް ވުޟޫއު ގެއްލޭ ކަންތަކުގެ ތެރެއިން ވާކަމެއް ނޫނެވެ. މިއީ (ލެޔަކީ) ނަޖިހެއް ކަމުގައި ބަަލާ ރައުޔުގެ މަތީން ބަލާނަމަވެސް އެވެ. އަދި މިއީ އައްޝާފިޢީ ދެކެވަޑައިގަތް ގޮތެވެ. [އަލްްބުޚާރީވެސްމެއެވެ.] އަދި މިއީ އިމާމް އަޙްމަދުގެ އަރިހުންވާ އެއް ޤަޥްލެވެ. އެޤަވްލު، ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ އިޚްތިޔާރުކުރެއްވިއެވެ. ❝

— ޝެއިޚް ސުލައިމާނު ބުނު ނާޞިރަލް ޢަލްވާން (ތަފްޞީލު ޖަވާބެއް ޢަރަބިން)

އިތުރަށް ކިޔާލުމަށް، Eng. (islamqa)

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

🔴 އަނިޔާވެރި ދައުލަތެއް އެއިލާހު ދެމިއޮތަ ނުދެއްވައެވެ...

❞ ދުނިޔޭގައި މީސްތަކުންގެ ދިރިއުޅުން، ޢަދުލުވެރިކަމުގެ ތެރޭ - އޭގައި ފާފަވެރިކަމެއް އެކުލެވުނަސް - ދެމިއޮތުންމާގާތެވެ. އެއީ އެވެރިންގެ ޙައްޤުތައް ނިގުޅައިގަނެވޭ ހާލު (އިތުރު) ފާފަވެރިކަން އެކުނުލެވޭ ގޮތުގައި ދެމިއޮތުމަށް ވުރެންނެވެ.

މިހެންކަމުން ބުނެވެއެވެ: ”ޢަދުލުވެރި ދައުލަތެއް ﷲ ދެމިއޮވެ ދެއްވައެވެ. އެއީ ކާފަރުންކަމުގައި ވިޔަސް އެވެ. އެހެނަސް އަނިޔާވެރި ދައުލަތެއް އެއިލާހު ދެމިއޮތަ ނުދެއްވައެވެ. އެއީ މުސްލިމުންކަމުގައި ވިއެއްކަމަކުއެވެ.“ އަދި ބުނެވެއެވެ: "ކުފުރާއި އަދުލުވެރިކަމުގައި ދުނިޔެ އޮވެދާނެއެވެ. އެހެނަސް އަނިޔަލާއިއެކު އޮންނަ އިސްލާމްކަމެއްގައި އެއެއް ނުއޮންނާނެއެވެ."

އަދި ހަމަކަށަވަރުން ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިގޮތުގައި، އަނިޔާވެރިކަމާއި ރަޙިމުގެ ގުޅުން ކެނޑުމަށްވުރެ އެކަމެއްގެ ޢުޤޫބާތް އަވަސް ފާފައެއް ނުވެއެވެ.

މިހެންކަމުން، އަނިޔާގެ ބަދަލު ދުނިޔޭގައި ލައިގަނެއެވެ. އެއީ އާޚިރަތުގައި އޭނާއަށް ފާފަފުއްސެވި ރަހުމުލެއްވުނެއްކަމަކުއެވެ. އެހެނީ ޢަދުލުވެރިކަމަކީ އެންމެހާކަމެއްގެ ހަމަޖެހުމެވެ. އަދި ޢަދުލުވެރިކަމާއިއެކު ދުނިޔޭގެ ކަންކަން ކޮޅަށްޖެހިއްޖެނަމަ ދެމިއޮވެއެވެ. އެއީ އެކަން ކުޅަ މީހާއަކީ އާޚިރަތްދުވަހު (ދިންނަވައި ކާމިޔާބުވުމުގެ) އެއްވެސްބަޔެއް ނުވާ މީހެއްކަމުގައިވިޔަސް އެވެ. އަދި ޢަދުލުވެރިކަން ޤާއިމުނުވެއްޖެ ހާލަތުގައި އެދެމިނުއޮވެއެވެ. އެއީ އެކަންކުޅަ މީހާ އަކީ އެމީހެއްގެ އީމާންކަމަށް އާޚިރަތުގައި ޖަޒާލިބޭނޭ މީހެއްކަމަށް ވިޔަސް އެވެ. ❝

— شيخ الإسلام އިބްނު ތައިމިއްޔާ رحمه الله [މަޖުމޫޢު އަލްފަތާވާ 28/146]

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

⬇️«ރަސޫލާ صلى الله عليه وسلم ގެ ޢީދުމީލާދު ޙަރާމް ވުމުގެ މައިގަނޑު 3 ސަބަބު» ~ގަލަންދާނު

ނޯޓް: އެހެން ޕްލެޓްފޯމްތަކުގައި މި HD ފޮޓޯ ޝެއަރ ކުރައްވާ

Читать полностью…

Galandān ގަލަންދާނު



ތިން އަހަރު ވަންދެން، شِعْب أبي طالب އޭ ކިޔުނު ވާދީއެއްގައި (އެންމެހާ މުޢާމަލާތްތަކުން) ގުޅުންކަނޑާލެވި ވަކިކުރެވިފައި މުސްލިމުތަކުން ތިއްބެވެ. އަދި އޭގެފަހުން އެވެރިން ޙަބަޝާ އަށް ހިޖުރަވެސް ކުރިއެވެ. މި އެންމެހާ ކަމެއްވެސް ވީ، ތަޥްޙީދަށް ދުލެއް ދިނުމަށް އެވެރިން ދެކޮޅުހެދީތީއެވެ. އަދި ކުފުރަކަށް އެއްބަސް ނުވީތީއެވެ.

މިއާއިއެކު، ދަންނައެ، ހަމައެކަނި އިސްތިޘްނާ އޮތީ ޞައްޙަ އިކުރާހެވެ. (الإكراه الملجئ – އިތުރު އިޚްތިޔާރެއް ނެތް، ސަލާމަތެއްނެތް ހަލާކުވަނިވި މަޖުބޫރުން މަޖުބޫރު ކުރެވުމެވެ.) — މިގޮތުން، ވޯޓުލުމުގެ ތަރަހައިގައި، [އިކުރާހުގެ] މިންވަރުގެ އަސާސީ ޙައްދެއްކަމަށް ބެލެވުން ވަނީ، ވޯޓުލުމަށް ގެންދެވި، ބޮލުގައި ބަޑި ޖެއްސެވި، ވޯޓުނުލައިފިނަމަ މަރާލާނެ ކަމުގެ އިންޒާރު ދިނުން ފަދަ ޙާލަތުގައެވެ.

އަދި މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.

އަޙްމަދު މޫސާ ޖިބްރީލް
ރަބީޢުލް އައްޥަލް  8، 1445ހ. ❝


— މަޞްްދަރު، ޝެއިޚްގެ ރަސްމީ ޓްވިޓަރ

~ ގަލަންދާނު


---------------------
[1] މަޖްމޫޢުލް ފަތާވާ 14/470
[2] އައްދުރަރުއް ސަނިއްޔަތި ފިލް އަޖްވިބަތިއް ނަޖްދިއްޔަތި 10/510
[3] سورة البقرة، الآية: 191.
[4] سورة البقرة، الآية: 217.

Читать полностью…

Galandān ގަލަންދާނު

⭐️ For telegram premium subscribers: Link to boost this channel

/channel/qalandhar?boost

Читать полностью…

Galandān ގަލަންދާނު

#حديث_ضعيف

⚪️ސަޖިދަ ސޫރަތް ރޭގަނޑު ނިދުމުގެ ކުރިން ކިޔެވުމުގެ މައްޗަށް އޮތް ރިވާޔަތް ޞައްޙަ އެއް ނޫނެވެ.

الله ގެ ރަސޫލާ ﷺ އަވަހާރަފުޅު ނުލައްޕަވައޭ އެހެނަސް ސަޖިދަ ސޫރަތާއި ތަބާރަކަ ސޫރަތް ކިޔަވާ ވިދާޅު ނުވެ، މިމޭރުމުން ސަޖިދަ ސޫރަތާއި މެދު ރިވާވެފައިވާ ޙަދީޘް ބަލިކަށްޓެވެ.⁽¹⁾

އަހަރެން ޝެއިޚް ޢަބްދުލް ޢަޒީޒް އަލްޚުޟައިރު އަރިހު މިރިވާޔަތާއި މެދު ސުވާލުކުރީމެވެ. ވިދާޅުވިއެވެ:

❞ ޟަޢީފެވެ. (ބަލިކައްޓެވެ.) ރޭގަނޑުގެ ޛިކުރުތަކުގެ ⌝ލިޔުމުގައި⌜ ⁽*⁾ އަހަރެމެން މިކަމާއިމެދު ވާހަކަދައްކާފައިވާނެއެވެ. ❝

[*] އޭގައިވެއެވެ: ❞ އަބޫ ޙާތިމް އާއި އައްދާރަޤުޠުނީ މިޙަދީޘް (އަޢައްލަ) ބަލިކަށިކަމަށް ކަނޑައެޅުއްވިއެވެ. އެއީ (ރާވީ) އަބުއްޒުބައިރު ތަދްލީސް ކުރުމާއި ވިދިގެންނެވެ. (އެބަހީ: އޭގައިވާ މައްސަލަ ފޮރުވުން) އެހެންކަމުން ޖާބިރުގެ އަރިހުން މިޙަދީޘް (އަބުއްޒުބައިރަށް) އަޑު އިވިފައެއް ނުވެއެވެ. ❝

އަދި އަހަރެން ޝެއިޚް އަބޫ ޢަލީ އަލްހަސަނީ އަރިހު މިސުވާލު ތަކުރާރު ކުރީމެވެ. ވިދާޅުވިއެވެ:

❞ އަބޫ ޙާތިމް އާއި އައްތިރުމިޛީ އަދި އައްދާރަޤުޠުނީ މިޙަދީޘް ބަލިކަށި ކުރެއްވިއެވެ... މިއީ އަބުއްޒުބައިރު އަރިހުން ޖާބިރު އަރިހުން ރިވާވެފައިވާ ކަމަށް އައިސްފައިވިއެއް ކަމަކުއެވެ. އެހެނީ އަބުއްޒުބައިރު އަރިހުން މިއާއިމެދު ސާފުކުރުމުން، ޖާބިރުގާތުން މި ޙަދީޘް އަޑު ނުއައްސަވަމޭ، އެ ޙަދީޘް ކިޔައިދިނީ އެހެންޏާ ޞަފްވާން ނޫނީ އިބްނު ޞައްފާން ކަމަށް ވިދާޅުވިއެވެ. އަދި މިއީ މިޙަދީޘް ރިވާކުރުމުގެ ތެރޭ ސީދާ އައިސްފައިވާ ވާހަކައެކެވެ. އެއީ އައްދާރަޤުޠުނީ "އަލްޢުލަލް" ގައި އަދި އައްތިރުމިޛީ އެހެންޏާ އެކަލޭގެފާނުގެ "ސުނަން" ގައި ނޫނީ "ޢިލަލް އަލްކަބީރު" ގައި ރިވާކުރެއްވިފަދައިންނެވެ. الله أعلم. ކޮންމެ އަކަސް، މިޙަދީޘް ޞައްޙައެއް ނޫނެވެ. والله المستعان!❝

އަހަރެން ބުނަމެވެ: ޚާލިދު އަލްފުލައިޖު އާއި އައްޠަރީފީ އާއި މުޞްޠަފާ އަލްޢަދަވީ ވެސް މިފަދައިން ވިދާޅުވެތެވެ. ސަޖިދަސޫރަތް ރޭގަނޑު ކިޔެވުން އޮތް ރިވާޔަތް ޞައްޙަ ނޫން ކަމުގައެވެ. އަދި މިއީ އަލްޢަލްވާން އަރިހުންވެސް ފާޅުވާގޮތެވެ. އެހެނީ އަލްމުލްކު ސޫރަތުގެ މައްޗަށް ”މަރުފޫޢުކޮށް އެއްވެސް ރިވާޔަތެއް ޞައްޙަނޫން“ ކަމަށް ވިދާޅުވެފައި ވުމުންނެވެ. އަދި މިއީ އޭގެ ތެރެއިންވާ ރިވާޔަތެކެވެ. ތަބާރަ ސޫރަތް ކިޔެވުމާއިމެދު އަހަރެމެން ގެނައި ތަފްޞީލުގައި މިވާހަކަ ވާނީ ބަޔާން ކޮށްފައެވެ. الله أعلم.

~ ގަލަންދާނު


-----------------------
[1] ޙަދީޘް ރިވަކުރެއްވީ الترمذي في "سننه" ت. شاكر: أبواب فضائل القرآن، باب ما جاء في فضل سورة الملك، برقم (2892). أخرجه أحمد في "المسند" ط. الرسالة، برقم (14659).
أخرجه النَّسائي في "السنن الكبرى"، برقم (10477). "عمل اليوم والليلة" للنَّسائي (ص431) (706). أخرجه الحاكم في "المستدرك على الصحيحين"، برقم (3545). "المعجم الأوسط"، برقم (1483).

Читать полностью…

Galandān ގަލަންދާނު

رأيتُ الله فــــي ذا الـــكون ربــاً
ފެނުނޭ އަޅަށް، ﷲ ކައުނުގެ ރައްބަށް

جميــــع الكائنـــات لـــه تـُـحابِ
ވީހާ ކާއިނާތެއް، އެއިލާހަށްވެތޭ ލޯތްބެއް

شــــواهد أنـــه فــردٌ جـــليـــلٌ
ވެޔޭ ހެކިއެތައް، އެއީކަން އެކަހެރި ޖަލީލޭ

ِعلى رغـــم الـــمجادِلِ بالـكذابِ
އެޔަށް ދޮގުކުރާ، އެބައެއްގެ ނުރުހުމާއެކު


~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

* Added new link as (justpaste) is down.

Читать полностью…

Galandān ގަލަންދާނު

ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ:

❞ ފަހެ ހަމަކަށަވަރުން ކުފުރާއި ފިސްޤު އަކީ ޝަރުޢީ ޙުކުމްތަކެކެވެ. ބުއްދި ބޭނުންކޮށް ގޮތްކަނޑައަޅޭ ޙުކުމްތަކުގެ ތެރެއިންނެއް އެޔެއް ނުވެއެވެ. އެހެންކަމުން ކާފަރަކީ، ﷲ އާއި އެއިލާހުގެ ރަސޫލު ކާފަރެއްކަމަށް ގެންނަވައިފިމީހެކެވެ. އަދި ފާސިޤަކީ ، ﷲ އާއި އެއިލާހުގެ ރަސޫލު ފާސިޤެއްކަމަށް ކަނޑައަޅުއްވައިފި މީހެކެވެ. އެއީ މުއުމިނެއް އަދި މުސްލިމަކީ، ﷲ އާއި އެއިލާހުގެ ރަސޫލު މުއުމިނެއް އަދި މުސްލިމެއް ގޮތުގައި ގެންނަވައިފި މީހަކަށް ވާފަދައިންނެވެ. އަދި ޢަދުލަކީ ﷲ އާއި އެއިލާހުގެ ރަސޫލު ޢަދުލެއްގޮތުގައި ކަނޑައެޅުއްވި އެއްޗެކެވެ. އަދި ލޭ މަޢުޞޫމު ވެގެންވަނީ، ﷲ އާއި އެއިލާހުގެ ރަސޫލު ލޭ މަޢުޞޫމު ކުރެއްވިބަޔެކެވެ. އަދި އާޚިރަތްދުވަހު އުފާވެރިވެގެންވާ މީހަކީ، ﷲ އާއި އެއިލާހުގެ ރަސޫލު އެމީހަކީ އާޚިރަތުގައި އުފާވެރިއެއްކަމަށް އަންގަވައިފި މީހެކެވެ. އަދި އެދުވަހު ގެއްލިނެތިވެގެންވަނީ، ﷲ އާއި ރަސޫލު، އެދުވަހުން ގެއްލިނެތިވެގެންވާކަމަށް ޚަބަރުދެއްވިމީހެކެވެ. އެހެންކަމުން މިކަން، އެކީ އެއްކޮށް، ޤާއިމުވެވެނީ ޝަރުޢުންނެވެ. (އެބަހީ ޝަރުޢީ ދަލީލުގެ މައްޗަށެވެ.) ❝

— މިންހާޖުއް ސުންނަތިއް ނަބަވިއްޔާ" (5/92)


~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

📄«ބިދުޢީ އިންތިޚާބުތަކަށް، ޖިބޫތީ ސުވާލުތަކުން ޝަރުޢީ ޖަވާބުތަކެއް »

— ޝެއިޚް ޙައްސާން ޙުސައިނުއް ޞޫމާލީ

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ: «من أكبر الكبائر أن يشتم الرجل والديه» ”ފާފަތަކުން އެންމެ ބޮޑު ފާފައިގެ ތެރޭގައި ވަނީ، މީހާކު އޭނާގެ މައިންބަފައިންނަށް ހުތުރުއެއްޗެހި ގޮވުމެވެ.“ މީސްތަކުން ބުންޏެވެ: ”އޭ ﷲ ގެ ރަސޫލާއެވެ! މީހަކު އޭނާގެ މައިންބަފައިންނަށް ހުތުރު އެއްޗެހި ގޮވައިފާނެހެއްޔެވެ؟“ ޙަދީޘް ކުރެއްވިއެވެ: «نعم، يسبُّ أبا الرجل فيشتم أباه، [ويشتم أمه فيسب أمه]» ޙަަދީޘް ކުރެއްވިއެވެ: ”އާއެކެވެ. އޭނާ މީހެއްގެ ބައްޕައަށް ހުތުރު އެއްޗެހި ގޮވައެވެ. ދެން އެމީހާ މީނާގެ ބައްޕައަށް ހުތުރު އެއްޗެހިގޮވައެވެ. [އަދި އެމީހާގެ މަންމައަށް ހުތުރު އެއްޗެހި ގޮވައެވެ. ދެން މީނާގެ މަންމައަށް އޭނާ ހުތުރު އެއްޗެހިގޮވައެވެ.]“ (ރިވާކުރެއްވީ ދެޝެއިޚުން އަދި އެނޫން ބޭކަލުން)

އަލްމާޒަރީ ވިދާޅުވިއެވެ:

❞ މިޙަދީޘުން ޙާޞިލްވާ ކަންތަކުގެ ތެރޭގައި: އެމީހަކަށް ޙަލާލުވެގެން ނުވާ ޙާލު ސިލްކު ހެދުންް ލުމަށް، ސިލްކު ފޮތި ވިއްކުން މަނައު ވުމާއި މެދު އޮތް ދެރައުޔުން އެކައްޗަށް މިއީ ޙުއްޖަތެކެވެ. އަދި އެޔަކުން ދިޔަ ފެލައިގެން ރާ ހަދައި އެބޯނޭ މީހަކަށް، މޭބިސްކަދުރު ވިއްކުންވެސް މެއެވެ. އެހެނީ (މަަނާކަމަކަމެއް ފޯދުމުގެ) ސަބަބު ގެނެސް ގަތް މީހާ، ސީދާ އެ ޢަމަލު ކުރި މީހާ ފަދައިން އެކަލޭގެފާނު ޛިކުރު ކުރެއްވީތީއެވެ.

— އަލްއިމާމު އަބޫ ޢަބްދި ﷲ މުޙައްމަދި ބްނި ޢަލިއްޔި ބްނި ޢުމަރަލް މާޒަރިއްޔި [އަލްމާޒަރީ] (536 ހ.)

މަޞްދަރު: އަލްމުޢުލިމު ބިފަވާއިދިލް މުސްލިމް 1/204

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

ކުށާއި އެކީގާ ވިތުރާ އިނގޭތީ،
ދުވާލު ރޭދަންވަރާ ވިސްނަން ހޭލާވި،
ނަމަވެސް ... ތިބާ ނުވާށޭ، އަނދިރީގެ ތެރޭގާ
ހަޔާތު އުފަން ސަބަބޭ މުހިއްމީ

ނިޝާން ވިބީދައިން އުޑުގާ ފުރޭތީ،
ދުޢާމި ރޭދަންވަރާ ކޮށްލަން ހޭލާ،
ވިޔަކަސް... ތަބާ ވެލާށޭ، ކަރުނައިންވެ ރޮވޭތީ
ކިޔާށި ހިތުން ﷲ ربي

الكريم رحيم يا الله الهادي
عزيز جل الله غفور ودود
يا نور ތިޔައޭ ކުޅަދުންވަންތަ އިލާހް
يا نور ތިޔައޭ ކުޅަދުންވަންތަ އިލާހް

ތައުބާ ރޭވިހުސް ޤުރުބާން ވެވި ނަފްސު ބުނީ
“ ޤާއިމް ވާނަން ނޫރުން “
ވިނިޔާ ނޭނގުނަސް ތައުބާ ތިހިތުން ވެލުމުން
ޔާ އިލާހް މާތް މައާފްކުރާނެތޭ
ލިބިފާ ރޯދިހުސް ނިމިދާނެޔެ ޖައްވުތެރޭ، ރޯޅި ތާޒާ ވައިތެރޭ
ބީވާން ނޭދުނަސް ދުނިޔޭން ނެތި ދާނެތެދޭ،
ވާށި ސަޖިދައިގާ މިރޭ


”ތަބާ ވެލާށޭ“ — (މަޞްދަރު ، ލިރިކްސް: ޞިރާތު މުސްތަޤީމް)

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

📌 ﷲ تعالى ގެ ވަޙީ : { وَٱلۡكَٰظِمِينَ ٱلۡغَيۡظَ } [آل عمران 134] (އެއީ، ރުޅިވެރިކަން ހަންމަތަކުރާ މީހުންނެވެ.)

އައްސަމީނިލް ޙަލަބިއްޔު (756 ހ.) ވިދާޅުވިއެވެ :

❞ {الغيظ} : އެންމެ ވަރުގަދަ ރުޅިއެވެ. އެއީ މީހެއްގެ ހިތުގެ ލޭ ކެކިގެން އަންނަ ހޫނެވެ. އެހެންކަމުން ރުޅިއަށް ވުރެ އެ ޚާއްޞައެވެ. އެހެނީ ކޮންމެ غيظ އަކީ ރުޅިއެކެވެ. އެހެނަސް ކޮންމެ ރުޅިއަކީ غيظ އެއް ނޫނެވެ. ❝

‏— عمدة الحفاظ : ٣/ ١٨٩

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

🔗 #الولاء_والبراء

”މަގު މިއޮތީއެވެ. ފަހެ ފިރިހެނުންތައް ކޮބައިހެއްޔެވެ؟“

— އައްޝައިޚް ސުލައިމާން ބިން ނާޞިރް އަލްޢަލްވާން

Читать полностью…

Galandān ގަލަންދާނު

https://twitter.com/galandhaan/status/1709952569609691176

Читать полностью…

Galandān ގަލަންދާނު

އައްޝެއިޚް ސުލައިމާނު އަލްޢަލްވާން ވިދާޅުވިއެވެ:
❞ މުސްލިމުންގެ ތެރެއިން ކެރިކުޅަދާނަވެގެންވާ މީހުން- ނަށް އަސީރުން މިނިވަން ކުރުމުން ފަސްޖެހި ތިބުން ހުއްދަވެގެން ނުވެއެވެ. ކޮންމެ މީހެއްވެސް އެމީހަކަށް ވެވުނު މިންވަރަކުން ވަނީ ބައިވެރި ވުމެވެ: ވީމާ މިކަން ވަނީ އެމީހެއްގެ ނަފްސުންނާއި، އެމީހެއްގެ މުދަލުންނާއި އެމީހެއްގެ ނުފޫޒުންނާއި، އެމީހެއްގެ ދުޢާ އާއި، އެކަމަށް މީހުން އިސްނެންގުވުމަށް ހިތްވަރު ދިނުމުންނެވެ. އެމީހެއްގެ ދުލާއި އެމީހެއްގެ ޤަލަމުންނެވެ. އަދި ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ: «أَطْعِمُوا الْجَائِعَ، وَعُودُوا الْمَرِيضَ، وَفُكُّوا الْعَانِيَ» (ހާންތީންނަށް ކާންދޭށެވެ. ބަލިމީހުންނަށް ޒިޔާރަތް ކުރާށެވެ. الْعَانِيَ (އަސީރުން) މިނިވަންކުރާށެވެ.) —ރިވާކުރެއްވީ އަލްބުޚާރީ، އަބޫ މޫސާ ގެ ޙަދީޘުންނެވެ.❝ (މަސްދަރުގެ މުކައްމަލް ތަރުޖަމާއަށް ދިވެހި |.Eng) ~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

صَلُّوا على خيرِ البريَّةِ هاديًا..
ޞަލަވާވް ކިޔާށެ މަގުދައްކަވާ މޮޅުއިތުރު ސާހިބަށް
صلَُوا عليهِ وعزروهُ ووقِّروه
ޞަލަވާތްކިޔައި، އެކަލޭގެފާނު ޙައްޤުގަ ތެދުވެ އަގުވަޒަންކުރޭ

والحمدُ للهِ الّذي يهدي وما
ހިދާޔަތްދެއްވާ ﷲ ށް ޙަމްދެއް އެންމެހާ
يهدي سواهُ ولا يعينُ ويَنْصُر
ހިދާޔަތެއް ނަޞްރެއްވިޔަސް ނުވެ އެއިލާހުނޫން

وادعوا لإخوانٍ لكم قد شَدَّهم
ދުޢާ ކުރާށޭ އުދަގުލުގަވާ ތިބާމެންގެ އަޚުންތަކަށް
قيدُ العدوِ بسجنهم فَتَصَبَّروا
ކެތްތެރިކަމާއެކު ދެމިތިބީ ޢަދުއްވުންގެ ޖަލު ކަސްތޮޅުން

إن تذكروهم فالدعاءُ أمانةً
ހަނދުމަވެއްޖެހިނދު ދުޢާކުރުން އަމާނަތެއް
أو يذكروكم فالدموعُ تُسَطَّرُ
ނޫނީ ތިބާމެންގެ ހަނދުމައިން ކަރުނަ އަޅަތެޔޭ


~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

«ރަސޫލާ صلى الله عليه وسلم ގެ ޢީދުމީލާދު ޙަރާމް ވުމުގެ މައިގަނޑު 3 ސަބަބު» ~ގަލަންދާނު

Читать полностью…

Galandān ގަލަންދާނު


💬 ދިމުޤުރާޠީ އިންތިޚާބެއްގައި ބައިވެރިވުމަށް ”އިކުރާހު“ ގެ ޙާލަތް، އެބައޮތް ކަމަށް ބުނާ ފަރާތްތަކުގެ ބައެއް ޝުބުހުތަކަށް ރައްދެއް

« އައްޝެއިޚް އަޙްމަދް މޫސާ ޖިބްރީލް حفظه الله»


❞ ވޯޓުލުން މެދުވެރިކޮށް މިޑިމޮކްރެޓިކް އިންތިޚާބުތަކުން ތަންފީޛުވާ ކަންތައްތަކުގެ ވާނުވާ އެނގުމަށްފަހު — އެއީ، އެކަމުގައި ތިބާ ތިދަމަހައްޓަނީ، ﷲ އެއިލާހުގެ ރަސޫލާ ﷺ ގެ މައްޗަށް ބާއްވައިލެއްވި ﷲ ގެ ޙުކުމްތަކުގެ މައްޗަށް އިސްކުރެވޭ އަދި އެއަށް ގޮންޖަހާނޭ، الله ފިޔަވައި ޤާނޫނު ހަދާ މެންބަރުންތަކެއް އިންތިޚާބުކުރާ ޠާޣޫތީ ނިޡާމެއްކަން — މިޙަޤީޤަތުގެ ވާނުވާ ބަޔާންވުމަށްފަހު، މި ޝިރުކާއި ކުފުރުގައި ބައިވެރިވުމަށް (ކުޑަނުބަޔޭ ބުނެވޭ) މަސްލަޙަތުގެ ޢުޛުރެއް ވިޔަސް ނޫނީ (ހާޖަތު އެއަށް އިންތިހާ ބޮޑު) ޟަރޫރަތުގެ ޢުޛުރެއް ވިޔަސް އޭގެ ބަހަނާއެއްކަމުގައި ނުހެދޭނެއެވެ.

މީސްތަކުންގެ ތަޥްޙީދު ރައްކާތެރިކުރުމަށް ވުރެ އިސްވާނޭ މަސްލަހަތެއް ނުއޮންނާނެއެވެ. ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ އެކަލޭގެފާނުގެ مجموع الفتاوى ގައި ވިދާޅުވެފައި ވެއެވެ:

أَنَّ الْمُحَرَّمَاتِ قِسْمَانِ: ' أَحَدُهُمَا ' مَا يَقْطَعُ بِأَنَّ الشَّرْعَ لَمْ يُبِحْ مِنْهُ شَيْئًا لَا لِضَرُورَةِ وَلَا لِغَيْرِ ضَرُورَةٍ: كَالشَّرَكِ ⁽¹⁾

” ޙަރާމްވެގެންވާ ކަންތައްތައް، ދެބާވަތަކަށް ވެއެވެ: އެއިން އެކައްޗަކީ — ކެނޑިނުދާނޭ އެއްޗެއްސެވެ. އެހެނީ އެތަކެއްޗީ މަޞްލަޙަތަކަށްވިޔަސް ނޫނީ ޟަރޫރަތަކަށްވިޔަސް ޝަރީޢަތް އެކަން ހުއްދަ ނުކުރާ ކަންތައްތަކެވެ. އެއީ ޝިރުކުފަދަ ޙަރާމްތަކެވެ...“

ވީމާ އެންމެ ބޮޑު ފަސާދަވަނިވި ކަންތަކުގައި ހިފައިގެން އެންމެ ބޮޑު މަޞްލަޙަތު ވަނިވި ކަންތައް ދޫކޮށްލުމީ ކޮންފަދަ މޮޔަ ކަމެއް ހެއްޔެވެ! ތައުޙީދަށް ވުރެން ގަދަފަދަ އަދި ބަރުވެގެންވަނީ ކޮން މަޞްލަޙަތެއްހެއްޔެވެ؟ އަދި އެންމެހާ ފަސާދަވަނިވި ކަންތަކުގެ މަތީގައިވާ މައި ފަސާދަ (އެބަހީ: ޝިރުކު) ކުރުމަށްވުރެ ގަދަފަދަ ފަސާދައަކީ ކޮބައި ހެއްޔެވެ؟

”ދެ ނުބައި ތެރެއިން ކުޑަ ނުބައި ޚިޔާރުކުރުމަށް“ އޮންނަ ޤާއިދާ އެވެރިން ބޭނުންކުރަނީ ނުޤަވާޢިދުންނެވެ. އެ އޮންނަން ނުޖެހޭނޭ އަދި ރަމަތަ ނުކުރެވޭނޭ ތަނުގައެވެ. އަދި އެއީ އެއަށް ލާޒިމުވާ ޙާލަތްތަކާއި ޝަރުޠުތަކަށް ވެސް ބަލާލުމެއް ނެތިއެވެ.  (އެޝަރުޠުތަކަކީ މިޤަވާޢިދު އެކި ޙާލަތްތަކުގައި ކަނޑައެޅުމުގައި ބަލަންޖެހޭ ކަންތައްތަކެވެ.) މިޘާލަކަށް އިކުރާހުގެ ޙާލަތުގައިވާ މިީހަކަށް ދެ ޙަރާމެއް ކުރުމަށް މަޖުބޫރު ކުރެވިގެންދާ ޙާލަތުގައި، އޭނާ އެތަނުން ކުޑަ ނުބައި ޚިޔާރުކުރެވެން އޮންނަ އޮތުމެވެ. މިއީ އެއުރެން މި މައްސަލައިގައި ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ގެ ބަސް އޮޅުވާލައިގެން ގެންނަ ގޮތެވެ.

ހައިރާންވަނިވި ކަމަކީ، ”ދެނުބައި ތެރެއިން ކުޑަ ނުބައި“ ޚިޔާރު ކުރާ ކަމުގެ ބާޠިލު ދަޢުވާގައި ގޮސް އެވެރިން މިޚިޔާރުކޮށްފައިވަނީ އޭގެ ޙަޤީގަތުގައި ނުބައިތަކުން އެންމެ ބޮޑު ނުބައިގައިކަމެވެ. ނުބައިތަކުން އެންމެ ގަދަފަދަ ނުބައެވެ. އެ ނުބައެއްގެ މައްޗަށް އިތުރު އެހެން އެއްވެސް ނުބައެއް ނުވާ ނުބައެވެ. ޝިރުކުގައި ބައިވެރިވުމުގެ ނުބައެވެ!

މީހެއްގެ ހިތަށް ޚިޔާލުވެވޭނޭހާ ފައިދާއެއް ނުވަތަ މަޞްލަޙަތަކަށް ވުރެން، ޝިރުކުގެ ނުބައިން ދުރުހެލިވުން އިސްވެފައި ވެއެވެ. ޝެއިޚް ސުލައިމާނު ބުނު ސަޙްމާން ވިދާޅުވިއެވެ:

إِذَا عَرَفْتَ أَنَّ التَّحَاكُمَ إِلَى الطَّاغُوتِ كُفْرٌ، فَقَدْ ذَكَرَ اللَّهُ فِي كِتَابِهِ أَنَّ الْكُفْرَ أَكْبَرُ مِنْ الْقَتْلِ، قَالَ: {وَالْفِتْنَةُ أَكْبَرُ مِنْ الْقَتْلِ}، وَقَالَ: {وَالْفِتْنَةُ أَشَدُّ مِنْ الْقَتْلِ}، وَالْفِتْنَةُ: هِيَ الْكُفْرُ; فَلَوْ اقْتَتَلَتْ الْبَادِيَةُ وَالْحَاضِرَةُ، حَتَّى يَذْهَبُوا، لَكَانَ أَهْوَنَ مِنْ أَنْ يَنْصِبُوا فِي الْأَرْضِ طَاغُوتًا، يَحْكُمُ بِخِلَافِ شَرِيعَةِ الْإِسْلَامِ، الَّتِي بَعَثَ اللَّهُ بِهَا رَسُولَهُ ﷺ. ⁽²⁾

”ޠާޣޫތެއް ގާތުން ޙުކުމް ހޯދުމަކީ ކުފުރެއްކަން ތިބާއަށް އެނގިއްޖެ ނަމަ، ދަންނާށެވެ. ފަހެ ﷲ ވަނީ އެއިލާހު ފޮތުގައި، ޤަތުލަށްވުރެންވެސް ކުފުރުގެ (ފާސިދުކަން) ބޮޑު ވެގެންވާކަމަށް އަންގަވާފައެވެ. ވަޙީކުރެއްވިއެވެ:

{وَالْفِتْنَةُ أَكْبَرُ مِنْ الْقَتْلِ} [މާނައީ: އަދި ޤަތުލު ކުރުމަށްވުރެ الفتنةގެ ނުބައިކަން މާބޮޑެވެ.] ⁽³⁾

އަދި ވަޙީކުރެއްވިއެވެ: {وَالْفِتْنَةُ أَشَدُّ مِنْ الْقَتْلِ} [މާނައީ: އަދި قتل ކުރުމަށްވުރެ الفتنةގެ ނުބައިކަން ހަރުކަށްޓެވެ.] ⁽⁴⁾

އަދި الْفِتْنَة: އަކީ ކުފުރެވެ. އެހެންކަމުން ޝަހަރުތަކާއި ސަހަރާތަކުގައިވާ އެންމެން ހަނގުރާމަކޮށް — އެއްބަޔަކު އަނެއްބަޔަކު ޤަތުލުކުޅައުންވެސް، ރަސޫލާ ﷺ  ގެ މައްޗަށް الله ބާވައިލެއްވުނު އިސްލާމީ ޝަރީޢަތް ފިޔަވައި އެހެން އެއްޗަކުން ބިންމަތީގައި ޙުކުމް ކުރާނޭ ޠާޣޫތެއް އައްޔަނު ކުރުމަށް ވުރެން ހެޔޮވެގެންވެއެވެ.“ اه‍ـ

Читать полностью…

Galandān ގަލަންދާނު

❣️The true victory is the victory of principles, for when the Muslims are victorious with their principles and steadfastness, they are considered ⌜truly⌝ victorious, and the military victory comes as a second stage. That is why, Allah جل وعلا said about the people of Al-Ukhdūd:

﴿ذَٰلِكَ ٱلۡفَوۡزُ ٱلۡكَبِيرُ﴾
“That is the greatest triumph”

Never did Allah جل وعلا mention in His Book {ذَٰلِكَ ٱلۡفَوۡزُ ٱلۡكَبِيرُ} except regarding them. Even though they were exterminated till the last of them, and not one of them remained!

And Allah جل وعلا called it a great triumph.

It is not in the Qur’ān {That is the greatest triumph} except in this place.

The Qur'ān mentions:

﴿وَذَٰلِكَ ٱلۡفَوۡزُ ٱلۡعَظِيمُ﴾
“And that is the ultimate triumph”

﴿وَذَٰلِكَ هُوَ ٱلۡفَوۡزُ ٱلۡعَظِيمُ﴾
“And that is ˹truly˺ the ultimate triumph.”

﴿ذَٰلِكَ هُوَ ٱلۡفَوۡزُ ٱلۡعَظِيمُ﴾
“That is ˹truly˺ the ultimate triumph.”

﴿ذَٰلِكَ ٱلۡفَوۡزُ ٱلۡعَظِيمُ﴾
“That is the ultimate triumph.”

And it is not in the Qur’ān {That is the greatest triumph} except in ⌜the story of⌝ the people of Al-Ukhdūd, who were exterminated till the last of them, and none of them remained.

Allah جل وعلا called it “victory”, because their principles have triumphed. ❞


— Al-Shaykh Al-Muḥaddith Sulaymān bin Nāṣir Al-'Alwān (text)

~ Galandān

Читать полностью…

Galandān ގަލަންދާނު

تفــــيأ مـن ظلال الأرض حيــــناً
ރައްކަލެއް ދުނިޔޭގެ ހިޔަލުން ނަގާށި އުޅެފައި

ِو لا تغــــتر يـــومــاً بالســــراب
އަވާމެންދުރަށް ދުވަހަކުމެ ނުސިހޭށިޅޭ

و قف فــــوق القبور فــرب ذكرى
ޤަބުރެއްދޮށު މަޑުކޮށްލަމާ މިއީފަހެ ހަނދުމަޔެއް

ِستحـــمـدها و تـــــأوي بالإيــاب
އެއަށް ޙަމްދެއްކޮށް ހަމައެޔަށް ޅޭއެނބުރިދޭ


ورتــــل نعـــمة القـــرآن تــــلقى
ތިލާވަތު ނިޢްމަތުގެ ޤުރުއާނު ގިނަކޮށް

ِيــــباعدك الثــــواب عــن العقابِ
ބަދަލަކަށް ވޭޘަވާބާއި މިންޖު ޢަޒާބުން

و تابـــع مـــرسلاً هـــاد حـــكيماً
ވޭތަބަޢު އެރަސޫލަށް މަގުދައްކަވާ ހިކުމަތްވަންތަވީ

ِأشــــعة حــكمة مـــن كـــل باب
ނޫރެކޭ ޙިކުމަތީ އެންމެ ކޮންމެ ދޮރަކުން


~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

Ibn Taymiyyah (رحمه الله) said: ❝ If this prostitute and wine maker repent and they are poor, it is permissible to give them as much of this money as they need. If he is able to engage in trade or to do a craft such as weaving and spinning, he may be given some of the money as capital. ❞ —Majmū‘ al-Fatāwā, 29/308

* Details [Islamqa Fatwā no. 110454]

Читать полностью…

Galandān ގަލަންދާނު

الحمد لله الذي جعله جعل بعد الشدة فرجًا ، ومن الضر والضيق سعة ومخرجًا ، ولم يخل محنةً من منحة ، ولا نقمةً من نعمة ، ولا نكبةً ورزيةً من موهبة وعطية.
وقال تعالى: {سَيَجْعَلُ اللَّهُ بَعْدَ عُسْرٍ يُسْرًا} [الطلاق: 7]

އެންމެހާ ޙަމްދެއް ވަނީ ބުރަކަމަށް ފަހު ލުއިދެއްވި ﷲ އަށެވެ. އަދި ގެއްލުމާއި ދަތިކަމަށްފަހު ފަސޭހައާއި މިންޖުވުމެވެ. އަދި އެއްވެސް ތުރާލެއް މަދަދެއް ނެތި ނުލައްވަތެވެ. ހަސަދައެއް ނިޢުމަތެއް ނެތިއެވެ. އަދި ވޭނެއްވިޔަސް ކެކުޅުމެއްވިޔަސް، ލާބައެއް މަންފައެއް ނެތިއެވެ.

އެއިލާހު تعالى ވަޙީ ކުރެއްވިއެވެ: {سَيَجْعَلُ اللَّهُ بَعْدَ عُسْرٍ يُسْرًا} ”ފަހެ ދަތިކަމަކަށްފަހު، ފަސޭހަކަމެއް، اللَّه ލައްވާހުށްޓެވެ.“

~ ގަލަންދާން

Читать полностью…

Galandān ގަލަންދާނު

💬 «ބިދުޢީ އިންތިޚާބުތަކަށް، ޖިބޫތީ ސުވާލުތަކުން ޝަރުޢީ ޖަވާބުތަކެއް »

(މައިކްރޮސޮފްޓް ވޯޑް docx)

— ޝެއިޚް ޙައްސާން ޙުސައިނުއް ޞޫމާލީ

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

قريباً إن شاء الله...

Читать полностью…

Galandān ގަލަންދާނު

🔴
❞ ބާޠިލުގެ އަހުލުވެރިޔާ ނިކަމެއްޗެވެ. އެއީ އޭނާ އަށް ލަޝްކަރުތަކާއި އަޢްވާނުން ވިޔަސްއެވެ. އަދި ވަނީ ހިތްނުތަނަވަސް ކަމުގައެވެ. އެއީ އޭނާ އަށް ގަނޑުވަރުތަކާއި މުދާތައް ވިޔަސްއެވެ.
އަދި ޙައްޤުގެ އަހުލުވެރިޔާ ޢިއްޒަތްތެރިއެވެ. އެއީ ⌝ނުރައްކަލާހުރެ⌜ ފިލައިގެން ނޫނީ ޖަލުފާރުތަކެއް މެދު ބަންދުގައި ހުއްޓަސް އެވެ. އަދި ވަނީ އުފަލުގައެވެ. އެއީ ދަނޑިފަނުގެ ގެއެއްގައި ދިރިއުޅުނަސްއެވެ. ❝
— އަލްޢަލްވާން (ބަސްކޮޅު)

~ ގަލަންދާނު

------------------
ފޮޓޯ: އައްޝެއިޚް އަޙްމަދް އަލްއަސީރް އަލްޙުސައިނީ
(ثبته الله)

Читать полностью…

Galandān ގަލަންދާނު

❣️ #حديث_صحيح

ޝެއިޚް ޢަބްދު ﷲ އައްސަޢްދު ވިދާޅުވިއެވެ: ❞...އަހަރެން (ދިން ނަޞޭޙަތުގެ) މުރާދަކީ، ރައްދު ދިނުމުގައި މަޝްޣޫލު ނުވުމަށެވެ. އަދި ﷲ ގެ މަގަށް ދަޢުވަަތު ދިނުމުގައި ފަރުވާާތެރިވެ ސަމާލުކަން ބެހެއްޓުމަށެވެ. އަދި އެއްބައިވަންތަކަމަށެވެ. އަދި އަބޫ އުމާމާ ގެ ޙަދީޘް ތަކުން، ހެޔޮ ސަނަދަކުން ⁽¹⁾ އަބޫ ދާވޫދު ރިވާކުރެއްވިޔޭ: ނަބިއްޔު ﷺ ޙަދީޘު ކުރެއްވިޔޭ: «أَنَا زَعِيمٌ بِبَيْتٍ فِي رَبَضِ الْجَنَّةِ لِمَنْ تَرَكَ الْمِرَاءَ وَإِنْ كَانَ مُحِقًّا» (އެމީހެއް ޙައްޤުގައި ހުއްޓަސް ޖަދަލުކުރުން ދޫކޮށްލައިފިނަމަ، ސުވަރުގޭގެ ބިއްދޮށުން އޭނާއަށް ގޯއްޗެއް ވުމަށް ތިމަންކަލޭގެފާނު ޖާމިނުވެވަޑައިގަންނަވަމެވެ.) ❝ — اهــ.


އަހަރެން ބުނަމެވެ:

(زَعِيمٌ) އެބަހީ: الضامن (ޖާމިނުވުން) ކަމެއް ބޮލުގައި އެޅުން، ޒިންމާ ދާރުވުން، ކަމަކާ ޙަވާލުވުން (ރަދީފު)

(بَيْت) "ގެޔެއް" ، އަލްޚައްޠާބީ ވިދާޅުވިއެވެ: ”މިތާގެ ގެޔެކޭ އޮތް ބަހުގެ މުރާދަކީ ގަނޑުވަރެކެވެ.“

(رَبَضِ الْجَنَّةِ) : ޖަންނަތުގެ އެންމެ ތިރިއެވެ. އަދި ރަށެއްގެ رَبَضِ އޭ ބުނެވެނީ، އެރަށް ވަށައިގެންވާ ސަރަހައްދެވެ. އަލްއަޙްވަޛީ ވިދާޅުވިއެވެ: ”ޝަހަރު ތަކުގެ ވަށައިގެން ހުންނަ ގޮވަތިތަކާއި ގަނޑުވަރުގެ ދޮށުގައި ހުންނަ ޖިފުޓިތަކާއި އެއްގޮތްކޮށް، (ޙަދީޘުގެ) ޝަރަޙަ ލިޔުއްވި ފަރާތް އެއީ (ޖަންނަތް) ވަށައިގެން އަދި އޭގެ ބޭރުންވާ ސަރަހައްދުކަމަށް ވިދާޅުވުމީ، ލުޣަވީ ގޮތުން ޞަރީޙަ ބުނުމެކެވެ. އެހެނަސް މާނާގައި ޞައްޙައެއް ނޫނެވެ. އެހެނީ ވާރިދުވެފައިވާ ތަކެއްޗާއި އެމާނަ ޚިލާފުވެ، އެއިން ބާރުދެނީ (މަގުފުރެދިފައިވާ) މުޢުތަޒިލާ އިން ބުނާފަދަ ، ދެމަންޒިލު ދެމެދުގައިވާ މަންޒިލެކެވެ. ވީމާ ރަނގަޅުގޮތަކީ އޭގެ މުރާދަކީ ޖަންނަތުގެ އެންމެ ދަށުގައި ކަމެވެ.“

(الْمِرَاءَ) : ބާޠިލު ނިޔަތެއްގައި ބަހާއި ޢަމަލުން ޖަދަލުކުރުމެވެ. އަލްޚައްޠާބީ ވިދާޅުވިއެވެ: ”އެއީ އަމިއްލަ ޖާހަށްޓަކައި ޖަދަލުކުރުމެވެ. މޮޅުކަން ދައްކައިގެން ދެބަސްވާ ފަރާތް ކައިރީ ނަފުސު އުފުލުމެވެ.“

(مُحِقًّا) : م ގެ އުބުފިއްޔާއި ق ތަޝްދީދު ކޮށް، މާނައީ: ޙައްޤުގެ މަތީ ވުމެވެ.

📌އަދި ޢާއިޝަތުގެފާނު އަރިހުން އަލްބުޚާރީ އާއި މުސްލިމް ރިވާކުރެއްވިއެވެ: ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ: «أَبْغَضُ الرِّجالِ إلى اللَّهِ الألَدُّ الخَصِمُ» (ﷲ އެންމެ ނުރުސައްވާވޮޑިގެންވާ މީހުންނީ، الألَدُّ الْخَصِمُން ނެވެ.)

الألَدُّ : ގިނަގުނައިން ޒުވާބުކޮށް ޖަދަލުކުރުން
الخَصِمُ: (ޚުޞޫމާތް) ދެކޮޅުވެރިކަމާއި ޢަދާވާތް


— ގަލަންދާނު



-----------------------
[1] (صالح) ، އަދި އެނޫން ތަނެއްގައި އޭގެ ޞައްޙަ ކަމާއި މެދު ވިދާޅުވިއެވެ: ”އޭގެ ސަނަދުގައި ގޯހެއް ނެތެވެ.“ (މަޞްދަރު) އަދި އައްޝެއިޚް އަލްމުޙައްދިޘް މުޞްޠަފާ އަލްޢަދަވީ ވިދާޅުވިއެވެ: ”އެއީ 'ޙަސަން' ޙަދީޘެކެވެ.“ އެހެނަސް ޚާލިދުލް ޙާޔިކު މިއާ ޚިލާފުވެލެއްވިއެވެ. ﷲ أعلم.

އިތުރު މައުލޫމާތު: އިސްލާމްވެބް (161573) ، މައުސޫޢަތުލް އަޙާދީޘިއް ނަބަވިއްޔަތި (5804)

Читать полностью…

Galandān ގަލަންދާނު

Clarification in the Takfīr of Modernists and Nationalists

Read : [link]

Читать полностью…

Galandān ގަލަންދާނު

🔗 #الولاء_والبراء

”މަގު މިއޮތީއެވެ. ފަހެ ފިރިހެނުންތައް ކޮބައިހެއްޔެވެ؟“

— އައްޝައިޚް ސުލައިމާން ބިން ނާޞިރް އަލްޢަލްވާން

🔻🔻

Читать полностью…
Subscribe to a channel