🗣
صمتا أصيخي واسمعي يا أمتي
ހަނުތިބޭށެވެ. އަދި ކަންފަތްދީ އަހަރެންނަށް އަޑުއަހާށޭ މަގޭ އުއްމަތެވެ.
ما عدت أصبر أن يموت بياني
މިވާހަކަތައް މަރާލެވުމަކަށް ދެނެއް އަހަރެންނަށް ކެތެއްނުވާނެއެވެ.
شعري يراودني لأقذف جمرة
ެއަހަރެންގެ ޅެން އެއިން އަނގުރުގަނޑެއް އުކާން އެދެއެެވެ.
مما حوى صدري من النيران
އަހަރެންގެ މޭތެރޭ ހަރުލާފައިހުރި އަލިފާނުންނެވެ.
ما عاد يحويني سكوتي والبكا
އަހަރެންގެ ހަނުހުރުމާއި ކަރުނައެއް ދެނެއް ނުއޮބިއެޅޭނެއެވެ.
أنا لست مجبولا على الخذلان
އަހަރެން ޠަބީޢަތް ކުރެވިފައިވީ ނިކަމެތިވުމަކަށް ނޫނެވެ.
أنا في يميني الشمس تشرق عزة
އަހަރެންގެ ކަނާތުގައި ޢިއްޒަތާއިއެކު އިރުއަރައެވެ.
وأنا الثريا همة وتفاني
އަހަރެންނީ ހިންމަތާއި މިންނަތުގައި ޘުރައްޔާގެ އުސްތަރިތައްފަދައެވެ.
أنا مسلم والمجد يقطر كالندى
އަހަރެންނީ މުސްލިމެކެވެ. އޮއިބާރު ފެން ފަދައިން ކާމިޔާބީ އޭގައި ދައުރުވެއެވެ.
والعز كل العز في إيماني
އަދި ޢިއްޒަތްތެރިކަމުގެ އެންމެހާ ޢިއްޒަތެއްވަނީ މަގޭ އީމާނުގައެވެ.
أنا للحياة رواؤها ودواؤها
މުސްލިމަކީ ދިރިހުރުމުގެ ފެންއާރެވެ. އަދި އޭގެ ޝިފާއެވެ.
وأنا الشهاب إذا بدى ستراني
އަދި ފަރުދާ އުފުލިދާހިނދު، ގިނިހިލައެކެވެ.
يا أمتي انتزعوا صباحك عنوة
އޭ އަހަރެންގެ އުއްމަތޭ ތިބާގެ އަމާން ފަތިސް ނިގުޅައިގަނެއްޖެއެވެ.
فمتى يعود الصبح للشطآن
އެދުވާލު އަނބުރައި މިގޮނޑުދޮށަށް ބީހޭނީ ކޮންއިރަކުބާއެވެ؟
يا أمتي آن الأوان لصحوة
އޭ އަހަރެންގެ އުއްމަތޭ، ނިދިން ހޭލުމުގެ ވަގުތު މިއޮށް އައީއެވެ.
فاستبشري بالفجر في بركاني
އަހަރެންގެ އަނގުރު ފަރުބަދައިން އަލިވިލޭ ފަތިހަށް ހެޔޮޚަބަރު ހުއްޓެވެ.
يا أمتي انتزعي لواء حضارة
އޭ އަހަރެންގެ އުއްމަތޭ، ޙަޟާރަތުގެ ދިދަޔަށް ވާދަޖަހާށެވެ.
فالكون في صخب بلا ربان
އެހެނީ ވެރިޔެއްނެތި ދުނިޔެއޮތީ ހަލޮބޮލީގައެވެ.
ما عاد يعرف للرشاد طريقة
ތެދުމަގު އޮތީ ގެއްލިފައެވެ.
أنت المؤمل .أنت لي عنواني
އުއްމީދަކީ ތިޔައީއެވެ. މަގޭ މިގޮވާލުން ވަނީ ތިބާއަށެވެ.
حارت عقول الناس بين مذاهب
މީސްތަކުން އެކިރައުޔުގައި ބުއްދި ޚަރާބުކޮށްފޫއެވެ.
لا تهتدي بالنور من قرآني
އެއުރެން ޤުރުއާނުގެ ނޫރަކުން ހިދާޔަތެއް ނުމެ ހޯދަތެވެ.
تجري وراء الغرب في لهث وهل
ހުޅަނގު ރުއްސުމުގައި ހާންތިވެ ސިހިސިހި ވެއެވެ.
سيحقق الغرب الغريق كياني
އިސާހިތަކު އެހުޅަގުން މަގޭ ލަގޮނޑިއަށް ވެރިވެދާނެއެވެ.
تجري وفي العينين ألف تساؤل
ލޯތައްމަތީ އެތައްހާސް ސުވާލުތަކެއް ވެރިވެއެވެ.
عز الجواب . فذاك ما أبكاني
ޖާވާބު ތިލައެވެ. ކަރުނައެޅެނީ އެހެންވެތާއެވެ.
عبثت بنا أيدي اليهود وحفنة
ޔަހޫދީންނާއި، އަހަރެމެންގެ މަދުއަތްތަކެއްގެ ކުޅިގަނޑެވެ.
ممن يبيع الدين للشيطان
ޝައިޠާނަށް ދީން ވިއްކާލި ޚާއިނުތަކެވެ.
في كل يوم تستباح مدينة
ކޮންމެދުވަހަކީ ތިބާގެ އަވަށެއްގެ ލޫޓުވާލެވުމެކެވެ.
أين الذين تهزهم أحزاني
ހިތާމައިން ގުނޑުންއަރާ މީހުންގެ ޢަމަލު ކޮބައިހެއްޔެވެ؟
أين الذين تشدقوا بعروبة
ޢަރަބިވަންތަކަމަށް ބޮޑާވިމީހުންވެސް ކޮބައިހެއްޔެވެ؟
وجنين تصفع وجه كل جبان
ކޮންމެ ފިނޑިއެއްގެ މޫނުގައި ޖިނީން (ޝަހަރަކީ) އެތިފަހަރެކެވެ.
أين الحقوق وقد أبيدت أمة
އުއްމަތެއް ޤަތުލުވާހިނދު ޙައްޤުތައް ފަހެ ކޮބައިހެވެ؟
وأنا الملام إذا صرخت: كفاني
ކުށްވެރި މިވީތާ ހަޅޭއްލަވާހިނދު އަހަރެން: ދެން ފުދިއްޖެޔޭ!
سل مدعي حفظ الحقوق لهرة
ޢަޅެ ބުޅަލެއްގެ ޙައްޤަށް ވަކާލާތު އެކުރާ މީހުންނާ ސުވާލުކޮށްބަލާށެވެ.
هل هرة أولى من الإنسان
ބުޅަލެއް، އިންސާނަކަށްވުރެ އަގުމާތްވަނީހެވެ؟
كل الحقوق مصانة في عرفهم
އެވެރިންގެ ޢުރުފުގައި ކޮންމެ ކަމެއްވެސް ޙައްޤަކެވެ.
إلا حقوقك أمة القرآن
އެހެނަސް ތިބާގެ ޙައްޤުފިޔަވައެވެ. އޭ ޤުރުއާނުގެ އުއްމަތާއެވެ.
أني وإن يكن البكاء نقيصة
ކަރުނައެޅުމަކީ އަހަރެންނަށް ޢައިބަކަށް ވިޔަކަސް..
أبكي لحالك سائر الأزمان
ޒަމާންތަކަށްވާ ތިބާގެ ޙަލާކުތަކަށް، ކަރުނައެޅީމެވެ.
وأظل أنسج بالقصيدة بيرقا
އަދި މިދިދަ އަހަރެންގެ ޅެންވެރިކަމު ހިޔަލުގައި ވިހުރުވަމެވެ.
حتى يرفرف إن بدت أكفاني
އެއީ އެއުފުލި އެފުދިއްޖެއުމާއި ހަމައަށެވެ.
~ ގަލަންދާނު
ރިވާކުރެއްވީ އަލްބުޚާރީ އާއި މުސްލިމް، އައްޒުހުރީ ގެ މަގުން، ސަޢްދު ބުނު ޢަބްދު ﷲ އެކަލޭގެފާނުގެ ބައްޕާފުޅު ގާތުން، ނަބިއްޔު ﷺ ގެ އަރިހުންނެވެ.
އަދި ދެޞަޙީޙު ގައި އަބޫ މޫސާ އަލްއަޝްޢަރީ އަރިހުން ނަބިއްޔު ﷺ ޙަދީޘް ކުރެއްވީތީ ރިވާވެގެންވެއެވެ: اَلْمُؤْمِنُ لِلْمُؤْمِنِ كَالْبُنْيَانِ يَشُدُّ بَعْضُهُ بَعْضًا
”އެއް މުއުމިނަކާއި އަނެއް މުއުމިނެއްގެ މިޘާލަކީ އެއްބައިން އަނެއްބަޔަށް ބާރުދޭ ޢިމާރާތެއްގެ ފަދައެވެ.“ އަދިވެސް ދެޞަޙީޙް ގައި، ޒަކަރިއްޔާ ގެ މަގުން އައްޝިޢްބީ ގެއަރިހުން އައްނުޢްމާން ބުނު ބަޝީރު އަރިހުން ނަބިއްޔު ﷺ ޙަދީޘްކުރެއްވި ކަމަށް ރިވާވެގެންވެއެވެ: مَثَلُ الْمُؤْمِنِينَ فِي تَوَادِّهِمْ، وَتَرَاحُمِهِمْ، وَتَعَاطُفِهِمْ مَثَلُ الْجَسَدِ [الواحد] إِذَا اشْتَكَى مِنْهُ عُضْوٌ تَدَاعَى لَهُ سَائِرُ الْجَسَدِ بِالسَّهَرِ وَالْحُمَّى [متفق عليه] ”އެކަކު އަނެކަކުދެކެ ލޯބިވުމުގައްޔާއި އެކަކު އަނެކަކަށް ރަޙުމުކުރުމުގައްޔާ އަދި އެކަކު އަނެކަކަށް އޯގާތެރިވުމުގައި މުއުމިނުންގެ މިޘާލަކީ އެއްހަށިގަނޑެއްގެ މިސާލެވެ. ހަށިގަނޑުން ގުނަވަނަކަށް އުނދަގުލެއް ކުރިމަތިވާ ހިނދު، ނިދިނަގާލައި ހުންއައިސް، މުޅި ހަށިގަނޑު އެކަމުގައި ބައިވެރިވެއެވެ.“
އަދި އެއްވެސްޝައްކެތް ނެތް ގޮތުގައި ކާފަރުންނާއި ޖިހާދު ކުރުމުގައި، އަދި. މުއުމިނުތަކުންނަށް ނަޞުރުވެރިވުމުގައި އަދި އެވެރިންގެ ބިންތަކާއި ޙުރުމަތައް ދިފާޢު ކުރުމުގައި ﷲ ގެ މަގު ޤަތުލުވާ މީހަކަށް ކެތްތެރި ޝަހީދެއްގެ އަޖުރު ލިބިދެއެވެ. އަދި ވަނީ ތެދުވެރި މުޖާހިދުންގެ ތެރެއިންނެވެ. ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ: من قتل في سبيل الله فهو شهيد، ومن مات في سبيل الله فهو شهيد (ﷲ ގެ މަގުގައި ޤަތުލުވެއްޖެ މީހާ، ފަހެ އެއީ ޝަހީދެކެވެ. އަދި ﷲ ގެ މަގުގައި ވޭމެ މަރުވެއްޖެ މީހާ، ފަހެ އެއީ ޝަހީދެކެވެ.) ރިވާކުރެއްވީ މުސްލިމް އެކަލޭގެފާނުގެ ޞަޙީޙު ގައި، ސުހައިލް ބުނު އަބީ ޞާލިޙުގެ ޙަދީޘްތަކުން އެކަލޭގެފާނުގެ ބައްޕާފުޅު އަރިހުން، އަބޫ ހުރައިރާ رضي الله عنه އަރިހުންނެވެ.
އަދި މިއީ ﷲ މަގުގައި ވޭމެ ޤަތުލުވެއްޖެ މީހަކީ ޝަހީދެއް ކަމުގެ މައްޗަށްވާ ދަލީކެވެ. އަދި ﷲ ގެ މަގުގައި މުރާބިޠެއް ގޮތުގައި އަދި ހަނގުރާމަވެރިއެއްގެ ގޮތުގައި ހުރެ، ޤަތުލުވުމަކާއި ނުލައި އެހެނަސް މަރުވެއްޖެ މީހަކީވެސް ހަމަކަށަވަރުން ޝަހީދެއްކަމަށް ހެކިދޭ ދަލީލެކެވެ.
وأسأل الله جل وعلا أن ينصر دينه، ويعلي كلمته، وينفعنا بما سمعنا، ويرزقنا الإخلاص في أقوالنا وأعمالنا
އަހަރެން ﷲ جل وعلا އަރިހުން އެއިލާހުގެ ދީނަށް ނަޞްރުދެއްވުން އެދި ދަންނަވަމެވެ. އަދި އެއިލާހުގެ ކަލިމަފުޅު މަތިވެރި ކުރެއްވުމަށެވެ. އަދި އަޅަމެންނަށް އަޑުއިވުނު އެއްޗަކުން އަޅަމެންނަށް މަންފާޢު ކުރެއްވުމަށެވެ. އަދި އަޅަމެންގެ ބަސްތަކާއި ޢަމަލުތަކުގައި އިޚްލާޞްތެރިކަން ރިޒުގުކުރެއްވުމަށެވެ.
وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين.
އައްޝެއިޚް ސުލައިމާނު ބުނު ނާޞިރަލް ޢަލްވާން
(މުޅިފޮތް)
~ ގަލަންދާނު
`
⏺އިސްލާމް ދީނާއި މުސްލިމުންނަށް ނަޞްރުވެރިވުން
🔗 #الولاء_والبراء (14)
އަދި އަހަރެމެން — އެންމެހާ މުސްލިމުތަކުން — ﷲ تعالى ގެ އިޛުނަފުޅާއި އެކު މިކާފަރުތަކުންނަށް ނިކަމެތިކަމާއި ހަލާކަށް (އުއްމީދާއިއެކު) ބަލަބަލައިތިބީމެވެ. ޢަސްކަރީ އަދި އިޤްތިޞާދީ ފުނޑުފުނޑަކަށެވެ. އެހެނީ ﷲ އީ އެއިލާހުގެ ދީނާއި ފޮތާއި އަޥްލިޔާއިންނަށް ނަޞްރުވެރިވާ ފަރާތެވެ. އަދި އެއިލާހުގެ ދީނާއި ރަސޫލު އަދި ޙިޒްބަށް ނަޞްރުދެއްވާނޭކަމީ ﷲ ފަރާތުން ވާ ވަޢްދެކެވެ. އަދިކާފަރުތަކުން ބަލިކުރެއްވުންވެސްމެއެވެ. އަދި އެވަޢުދަކީ ނުފުއްދި ނުދާނޭ ޙައްޤު ވަޢުދެކެވެ.
އަދި ޝިރުކާއި ކުފުރާއި ޖާހިލިއްޔަ ޤާނޫނޫތަކުގެ މައްޗަށް އެކުލެވިފައިވާ ފިއްތުންތަކާއި، ބިންތައް ފޭރުމާއި އިއްފަތްތައް ނިގުޅެވުން އަދި ޝަރަފުވެރި ފިކުރުތަކަށް ޖެހޭ ގޮންތަކެއް އަބަދަކައް ދެމި ނުއޮންނާނެތެވެ. އެވެރިންގެ މަގުތައް ކިތައްމެ ފުޅާވެފައިވިއެއް ކަމަކުހެވެ. ކިތައްމެ ބާރުގަދަވިއެއް ކަމަކުހެވެ. އަދި ބިންގަނޑުމަތީ ކިތައްމެ ދުވަހެއް ވެފައިވިޔަސް އެވެ. މިޙަޤީޤަތަކީއެއަށް އީމާންވުން ލާޒިމު ޙަޤީޤަތެކެވެ. މިދެނެގަތުން ޙާޞިލުކުރުމަށް ބާރުއަޅައި މަސައްކަތްކުރަންޖެހެއެވެ.
އަދި މިކަމަށް އޮތް ޝަރުޠަކީ އިސްލާމްދީނުގެ މައްޗަށް އަހަރެމެން ތެދުވުމެވެ. އަހަރެމެންގެ ހަށިތަކާއި ހިތްތައް އޭގެ މަތީ ޙަރަކާތްކުޅައުމެވެ. އަދި ﷲ އަށްޓަކައި ތެދުވެރިކަމާއި ޔަޤީނާއިއެކު މަސައްކަތްކުރުމެވެ.
އެއިލާހު تعالى ވަޙީ ކުރެއްވި އެވެ: ﴿وَكَانَ حَقًّا عَلَيْنَا نَصْرُ ٱلْمُؤْمِنِينَ﴾ [الروم:47]
(އަދި މުއުމިނުންނަށް ނަޞްރު ދެއްވުމަކީ، ތިމަންރަސްކަލާނގެ މައްޗަށްއޮތް ޙައްޤެއް ކަމުގައިވެއެވެ.)
އަދިވެސް އެއިލާހު تعالى ވަޙީ ކުރެއްވި އެވެ: ﴿وَلَقَدْ سَبَقَتْ كَلِمَتُنَا لِعِبَادِنَا ٱلْمُرْسَلِينَ إِنَّهُمْ لَهُمُ ٱلْمَنصُورُونَ وَإِنَّ جُندَنَا لَهُمُ ٱلْغَٰلِبُونَ﴾ [الصافات:171-173].
(ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޅުންކަމުގައިވާ ރަސޫލުންނަށް ތިމަންރަސްކަލާނގެ (ނަޞްރު ދެއްވާނެކަމުގެ) ބަސްފުޅުވަނީ، އިސްވެގޮސްފައެވެ. * ހަމަކަށަވަރުން، އެބޭކަލުންނީ، ހަމަ ނަޞްރު ލިބިގެންވާ ބޭކަލުންނެވެ. * އަދި ހަމަކަށަވަރުން، ގަދަވާނެ ބަޔަކީ ހަމަ ތިމަންރަސްކަލާނގެ ލަޝްކަރު ކަން ކަށަވަރެވެ.)
އެހެންކަމުން މުސްލިމު ތަކުންނަށް ނަޞްރު ދެއްވުމީ ﷲ ޙަޟުރަތުންވާ ވަޢްދެކެވެ. އަދި އެއްވެސް ޝައްކެތް ނެތި އެއީ މިދިރިއުޅުމުގައި ވުން އޮތް ޙަޤީޤަތެކެވެ. އިންސާނުންގެ ޙިސާބުކުރުމުގައި އެކަން ލަސްވެ މަޑުން ދާކަމަށް ވިޔަސްއެވެ. ފަހެ އިންސާނާ ޚަލްޤު ކުރެއްވިގެންވަނީ އަވަސް އަރައިގަންނަ ގޮތުގައެވެ.
އެއިލާހު تعالى ވަޙީ ކުރެއްވިއެވެ: ﴿أَلَآ إِنَّ نَصْرَ ٱللَّهِ قَرِيبٌ﴾ [البقرة:214]
(ދަންނާށެވެ! ހަމަކަށަވަރުން، اللَّه ގެ ނަޞްރު ވަނީ ދާދި ގާތުގައެވެ.)
އަދިވެސް އެއިލާހު تعالى ވަޙީ ކުރެއްވިއެވެ: ﴿وَعْدَ ٱللَّهِۖ لَا يُخْلِفُ ٱللَّهُ وَعْدَهُۥ وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ ﴾ [الروم:6].
(اللَّه ގެ ވަޢުދުފުޅެވެ. اللَّه، އެކަލާނގެ ވަޢުދާއި ޚިލާފު ވެ ވޮޑިއެއް ނުގަންނަވަތެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ.)
އިމާމް އަޙްމަދު އެކަލޭގެފާނުގެ މުސްނަދުގައި ޞައްޙަ ސަނަދަކުން ޞަފްވާން ބުނު މުސްލިމް ގެ މަގުން ރިވާކުރެއްވިއެވެ: ވިދާޅުވިއެވެ: ސަރީން ބިން ޢާމިރު އަހަރެންގާތު ތަމީމް އައްދާރީ ދެންނެވިކަމަށް ވިދާޅުވިއެވެ: ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވީތީ އަހަރެން އަޑުއެހީމެވެ:
«لَيَبْلُغَنَّ هَذَا الْأَمْرُ مَا بَلَغَ اللَّيْلُ وَالنَّهَارُ وَلَا يَتْرُكُ اللَّهُ بَيْتَ مَدَرٍ وَلَا وَبَرٍ إِلَّا أَدْخَلَهُ اللَّهُ هَذَا الدِّينَ بِعِزِّ عَزِيزٍ أَوْ بِذُلِّ ذَلِيلٍ عِزًّا يُعِزُّ اللَّهُ بِهِ الْإِسْلَامَ وَذُلًّا يُذِلُّ اللَّهُ بِهِ الْكُفْرَ»
”ރެޔާއި ދުވާލު އެތަނަކަށް އަރާ ކޮންމެ ތަނަކަށް މިދީން ހަމަކަށަވަރުންވެސް ފޯރާނެތެވެ. ވީމާ މަށިހިލައިން ހަދާފައިވާ (މޮޅު) ގެޔަކަސް ދަނޑިފަނުގެ (އާދައިގެ) ގެޔަކަސް، މިދީން އެޔަށް ނުވައްދަވައެއް ﷲ ދޫކޮށް ނުލައްވާނެތެވެ. އެއިން ޢިއްޒަތްތެރިންނަށް ޢިއްޒަތް ދެއްވަމުންނެވެ. އަދި ނިކަމެތިން ނިކަމެތިކުރައްވަމުންނެވެ. އިސްލާމް ކަމުން ޢިއްޒަތް ކުރެއްވި މީހުންނަށް ﷲ ޢިއްޒަތް ދެއްވަތެވެ. އަދި ކުފުރުން ނިކަމެތި ކުރެއްވި މީހުންނަށް ﷲ ނިކަމެތިކަން ލައްވަވަތެވެ.“
އަދި ތަމީމް އައްދާރީ رضي الله عنه ވިދާޅުވައި އުޅުއްވަތެވެ: އަހަރެންގެ ޢާއިލާ މީހުން ތެރެއިން މިކަންތައް އަހަރެންނަށް އެނގި ހާމަވިއެވެ. އޭގެ ތެރެއިން އިސްލާމްވީ މީހުންނަށް ހެވާއި ޝަރަފާއި ޢިއްޒަތް ލިބިގެން ދިޔައެވެ. އަދި އޭގެތެރެއިން ކާފިރުންނަށް ބޭޢިއްޒަތާއި ނިކަމެތިކަމާއި ޖިޒިޔަލެއްވުނެވެ.
🔴 ❞ މުސްލިމުންގެ ހިތްތަކުގައި އެފަދަ ގަދަރުވެރި ކީރިތި މިސްކިތް މިހާރު ނަޖިސް ކުރަމުން އެގެންދަނީ ޔަހޫދީންގެ ފައިތިލަތަކެވެ. އެބައިމީހުންގެ ފައިން ޙަޤީޤަތުގައި އެ އަރަނީ އިސްލާމީ އުންމަތުގެ ބޮލަށެވެ. އެކަން ހުއްޓުވުމަށް މަސައްކަތް ކުރުމަކީ ހުރިހައި މުސްލިމުންގެ ވާޖިބަކަށް ނުވާނެތޯއެވެ؟ ޝައްކެއްނެތެވެ. އަލްމަސްޖިދުލްއަޤްޞާ އާއި، އެތާގެ ބިން، ޔަހޫދީންގެ އަތުން އަތުލައި ސަލާމަތްކުރުމަށްޓަކައި ޖިހާދު ކުރުމަކީ ހުރިހައި މުސްލިމުންގެ ވާޖިބަކަށް ނުވާނެތޯއެވެ. ތެދެކެވެ. އަލްމަސްޖިދުލްއަޤްޞާ އަކީ މުސްލިމުންގެ ތަނެކެވެ. މުސްލިމުންގެ ޙައްޤެކެވެ. އެ ޙައްޤު ލިބިގަތުމަށްޓަކައި ޖިހާދު ކުރަމުންދާ ބައިގައިވުމުގެ އަޒުމް ...އައުކުރަމާ ހިންގަވާށެވެ! ❝
— މުޙައްމަދު ޖަމީލު ދީދީ، (ފަތްތޫރަ، އަދަދު 20 )
ނޮވެންބަރ 1980 ކ.ތ.
~ ގަލަންދާނު
🔻
މަދަހަ: هزتني (އަހަރެން ގުޑުވާލިއެވެ.)
ޢަރަބި އަދި ދިވެހި ސަބްޓައިޓުލްސް އާއި އެކު.
https://hazatni.netlify.app/
~ ގަލަންދާނު
📌❞ ފަލަސްތީނުގެ ޖިހާދަކީ މާތްވެގެންވާ ބިމެއްގެ ދިފާޢުގައި ކުރެވޭ ޝަރުޢީ ޖިހާދެކެވެ. ވީމާ އެތާގެ ސަރުކާރަކީ އަލްމާނީ ސަރުކާރެއް ކަމުގައި ވިޔަސް ނޫނީ ވެރިޔަކީ ޠާޣޫތެއް ކަމުގައި ވިޔަސް، މުސްލިމުންނާއި އެކު އެބައިމީހުންގެ ޢިއްފަތާއި މާތްވެގެންވާ ބިމުގެ ދިފާޢުގައި ހަނގުރާމަ ކުރުމަކަށް މަނަލެއް ނުވެއެވެ. ❝
— އައްޝައިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން (މަޞްދަރު)
~ ގަލަންދާނު
⏺ އައްޝެއިޚް ސުލައިމާނު އަލްޢަލްވާން ވިދާޅުވިއެވެ:
❞ މުސްލިމުންގެ ތެރެއިން ކެރިކުޅަދާނަވެގެންވާ މީހުން- ނަށް އަސީރުން މިނިވަން ކުރުމުން ފަސްޖެހި ތިބުން ހުއްދަވެގެން ނުވެއެވެ. ކޮންމެ މީހެއްވެސް އެމީހަކަށް ވެވުނު މިންވަރަކުން ވަނީ ބައިވެރި ވުމެވެ: ވީމާ މިކަން ވަނީ އެމީހެއްގެ ނަފްސުންނާއި، އެމީހެއްގެ މުދަލުންނާއި އެމީހެއްގެ ނުފޫޒުންނާއި، އެމީހެއްގެ ދުޢާ އާއި، އެކަމަށް މީހުން އިސްނެންގުވުމަށް ހިތްވަރު ދިނުމުންނެވެ. އެމީހެއްގެ ދުލާއި އެމީހެއްގެ ޤަލަމުންނެވެ. އަދި ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ: «أَطْعِمُوا الْجَائِعَ، وَعُودُوا الْمَرِيضَ، وَفُكُّوا الْعَانِيَ» (ހާންތީންނަށް ކާންދޭށެވެ. ބަލިމީހުންނަށް ޒިޔާރަތް ކުރާށެވެ. الْعَانِيَ (އަސީރުން) މިނިވަންކުރާށެވެ.) —ރިވާކުރެއްވީ އަލްބުޚާރީ، އަބޫ މޫސާ ގެ ޙަދީޘުންނެވެ.❝ (މަސްދަރުގެ މުކައްމަލް ތަރުޖަމާއަށް ދިވެހި |.Eng) ~ ގަލަންދާނު
صَلُّوا على خيرِ البريَّةِ هاديًا..
ޞަލަވާވް ކިޔާށެ މަގުދައްކަވާ މޮޅުއިތުރު ސާހިބަށް
صلَُوا عليهِ وعزروهُ ووقِّروه
ޞަލަވާތްކިޔައި، އެކަލޭގެފާނު ޙައްޤުގަ ތެދުވެ އަގުވަޒަންކުރޭ
والحمدُ للهِ الّذي يهدي وما
ހިދާޔަތްދެއްވާ ﷲ ށް ޙަމްދެއް އެންމެހާ
يهدي سواهُ ولا يعينُ ويَنْصُر
ހިދާޔަތެއް ނަޞްރެއްވިޔަސް ނުވެ އެއިލާހުނޫން
وادعوا لإخوانٍ لكم قد شَدَّهم
ދުޢާ ކުރާށޭ އުދަގުލުގަވާ ތިބާމެންގެ އަޚުންތަކަށް
قيدُ العدوِ بسجنهم فَتَصَبَّروا
ކެތްތެރިކަމާއެކު ދެމިތިބީ ޢަދުއްވުންގެ ޖަލު ކަސްތޮޅުން
إن تذكروهم فالدعاءُ أمانةً
ހަނދުމަވެއްޖެހިނދު ދުޢާކުރުން އަމާނަތެއް
أو يذكروكم فالدموعُ تُسَطَّرُ
ނޫނީ ތިބާމެންގެ ހަނދުމައިން ކަރުނަ އަޅަތެޔޭ
~ ގަލަންދާނު
⏺«ރަސޫލާ صلى الله عليه وسلم ގެ ޢީދުމީލާދު ޙަރާމް ވުމުގެ މައިގަނޑު 3 ސަބަބު» ~ގަލަންދާނު
Читать полностью…①
💬 ދިމުޤުރާޠީ އިންތިޚާބެއްގައި ބައިވެރިވުމަށް ”އިކުރާހު“ ގެ ޙާލަތް، އެބައޮތް ކަމަށް ބުނާ ފަރާތްތަކުގެ ބައެއް ޝުބުހުތަކަށް ރައްދެއް
« އައްޝެއިޚް އަޙްމަދް މޫސާ ޖިބްރީލް حفظه الله»
❞ ވޯޓުލުން މެދުވެރިކޮށް މިޑިމޮކްރެޓިކް އިންތިޚާބުތަކުން ތަންފީޛުވާ ކަންތައްތަކުގެ ވާނުވާ އެނގުމަށްފަހު — އެއީ، އެކަމުގައި ތިބާ ތިދަމަހައްޓަނީ، ﷲ އެއިލާހުގެ ރަސޫލާ ﷺ ގެ މައްޗަށް ބާއްވައިލެއްވި ﷲ ގެ ޙުކުމްތަކުގެ މައްޗަށް އިސްކުރެވޭ އަދި އެއަށް ގޮންޖަހާނޭ، الله ފިޔަވައި ޤާނޫނު ހަދާ މެންބަރުންތަކެއް އިންތިޚާބުކުރާ ޠާޣޫތީ ނިޡާމެއްކަން — މިޙަޤީޤަތުގެ ވާނުވާ ބަޔާންވުމަށްފަހު، މި ޝިރުކާއި ކުފުރުގައި ބައިވެރިވުމަށް (ކުޑަނުބަޔޭ ބުނެވޭ) މަސްލަޙަތުގެ ޢުޛުރެއް ވިޔަސް ނޫނީ (ހާޖަތު އެއަށް އިންތިހާ ބޮޑު) ޟަރޫރަތުގެ ޢުޛުރެއް ވިޔަސް އޭގެ ބަހަނާއެއްކަމުގައި ނުހެދޭނެއެވެ.
މީސްތަކުންގެ ތަޥްޙީދު ރައްކާތެރިކުރުމަށް ވުރެ އިސްވާނޭ މަސްލަހަތެއް ނުއޮންނާނެއެވެ. ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ އެކަލޭގެފާނުގެ مجموع الفتاوى ގައި ވިދާޅުވެފައި ވެއެވެ:
أَنَّ الْمُحَرَّمَاتِ قِسْمَانِ: ' أَحَدُهُمَا ' مَا يَقْطَعُ بِأَنَّ الشَّرْعَ لَمْ يُبِحْ مِنْهُ شَيْئًا لَا لِضَرُورَةِ وَلَا لِغَيْرِ ضَرُورَةٍ: كَالشَّرَكِ ⁽¹⁾
” ޙަރާމްވެގެންވާ ކަންތައްތައް، ދެބާވަތަކަށް ވެއެވެ: އެއިން އެކައްޗަކީ — ކެނޑިނުދާނޭ އެއްޗެއްސެވެ. އެހެނީ އެތަކެއްޗީ މަޞްލަޙަތަކަށްވިޔަސް ނޫނީ ޟަރޫރަތަކަށްވިޔަސް ޝަރީޢަތް އެކަން ހުއްދަ ނުކުރާ ކަންތައްތަކެވެ. އެއީ ޝިރުކުފަދަ ޙަރާމްތަކެވެ...“
ވީމާ އެންމެ ބޮޑު ފަސާދަވަނިވި ކަންތަކުގައި ހިފައިގެން އެންމެ ބޮޑު މަޞްލަޙަތު ވަނިވި ކަންތައް ދޫކޮށްލުމީ ކޮންފަދަ މޮޔަ ކަމެއް ހެއްޔެވެ! ތައުޙީދަށް ވުރެން ގަދަފަދަ އަދި ބަރުވެގެންވަނީ ކޮން މަޞްލަޙަތެއްހެއްޔެވެ؟ އަދި އެންމެހާ ފަސާދަވަނިވި ކަންތަކުގެ މަތީގައިވާ މައި ފަސާދަ (އެބަހީ: ޝިރުކު) ކުރުމަށްވުރެ ގަދަފަދަ ފަސާދައަކީ ކޮބައި ހެއްޔެވެ؟
”ދެ ނުބައި ތެރެއިން ކުޑަ ނުބައި ޚިޔާރުކުރުމަށް“ އޮންނަ ޤާއިދާ އެވެރިން ބޭނުންކުރަނީ ނުޤަވާޢިދުންނެވެ. އެ އޮންނަން ނުޖެހޭނޭ އަދި ރަމަތަ ނުކުރެވޭނޭ ތަނުގައެވެ. އަދި އެއީ އެއަށް ލާޒިމުވާ ޙާލަތްތަކާއި ޝަރުޠުތަކަށް ވެސް ބަލާލުމެއް ނެތިއެވެ. (އެޝަރުޠުތަކަކީ މިޤަވާޢިދު އެކި ޙާލަތްތަކުގައި ކަނޑައެޅުމުގައި ބަލަންޖެހޭ ކަންތައްތަކެވެ.) މިޘާލަކަށް އިކުރާހުގެ ޙާލަތުގައިވާ މިީހަކަށް ދެ ޙަރާމެއް ކުރުމަށް މަޖުބޫރު ކުރެވިގެންދާ ޙާލަތުގައި، އޭނާ އެތަނުން ކުޑަ ނުބައި ޚިޔާރުކުރެވެން އޮންނަ އޮތުމެވެ. މިއީ އެއުރެން މި މައްސަލައިގައި ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ގެ ބަސް އޮޅުވާލައިގެން ގެންނަ ގޮތެވެ.
ހައިރާންވަނިވި ކަމަކީ، ”ދެނުބައި ތެރެއިން ކުޑަ ނުބައި“ ޚިޔާރު ކުރާ ކަމުގެ ބާޠިލު ދަޢުވާގައި ގޮސް އެވެރިން މިޚިޔާރުކޮށްފައިވަނީ އޭގެ ޙަޤީގަތުގައި ނުބައިތަކުން އެންމެ ބޮޑު ނުބައިގައިކަމެވެ. ނުބައިތަކުން އެންމެ ގަދަފަދަ ނުބައެވެ. އެ ނުބައެއްގެ މައްޗަށް އިތުރު އެހެން އެއްވެސް ނުބައެއް ނުވާ ނުބައެވެ. ޝިރުކުގައި ބައިވެރިވުމުގެ ނުބައެވެ!
މީހެއްގެ ހިތަށް ޚިޔާލުވެވޭނޭހާ ފައިދާއެއް ނުވަތަ މަޞްލަޙަތަކަށް ވުރެން، ޝިރުކުގެ ނުބައިން ދުރުހެލިވުން އިސްވެފައި ވެއެވެ. ޝެއިޚް ސުލައިމާނު ބުނު ސަޙްމާން ވިދާޅުވިއެވެ:
إِذَا عَرَفْتَ أَنَّ التَّحَاكُمَ إِلَى الطَّاغُوتِ كُفْرٌ، فَقَدْ ذَكَرَ اللَّهُ فِي كِتَابِهِ أَنَّ الْكُفْرَ أَكْبَرُ مِنْ الْقَتْلِ، قَالَ: {وَالْفِتْنَةُ أَكْبَرُ مِنْ الْقَتْلِ}، وَقَالَ: {وَالْفِتْنَةُ أَشَدُّ مِنْ الْقَتْلِ}، وَالْفِتْنَةُ: هِيَ الْكُفْرُ; فَلَوْ اقْتَتَلَتْ الْبَادِيَةُ وَالْحَاضِرَةُ، حَتَّى يَذْهَبُوا، لَكَانَ أَهْوَنَ مِنْ أَنْ يَنْصِبُوا فِي الْأَرْضِ طَاغُوتًا، يَحْكُمُ بِخِلَافِ شَرِيعَةِ الْإِسْلَامِ، الَّتِي بَعَثَ اللَّهُ بِهَا رَسُولَهُ ﷺ. ⁽²⁾
”ޠާޣޫތެއް ގާތުން ޙުކުމް ހޯދުމަކީ ކުފުރެއްކަން ތިބާއަށް އެނގިއްޖެ ނަމަ، ދަންނާށެވެ. ފަހެ ﷲ ވަނީ އެއިލާހު ފޮތުގައި، ޤަތުލަށްވުރެންވެސް ކުފުރުގެ (ފާސިދުކަން) ބޮޑު ވެގެންވާކަމަށް އަންގަވާފައެވެ. ވަޙީކުރެއްވިއެވެ:
{وَالْفِتْنَةُ أَكْبَرُ مِنْ الْقَتْلِ} [މާނައީ: އަދި ޤަތުލު ކުރުމަށްވުރެ الفتنةގެ ނުބައިކަން މާބޮޑެވެ.] ⁽³⁾
އަދި ވަޙީކުރެއްވިއެވެ: {وَالْفِتْنَةُ أَشَدُّ مِنْ الْقَتْلِ} [މާނައީ: އަދި قتل ކުރުމަށްވުރެ الفتنةގެ ނުބައިކަން ހަރުކަށްޓެވެ.] ⁽⁴⁾
އަދި الْفِتْنَة: އަކީ ކުފުރެވެ. އެހެންކަމުން ޝަހަރުތަކާއި ސަހަރާތަކުގައިވާ އެންމެން ހަނގުރާމަކޮށް — އެއްބަޔަކު އަނެއްބަޔަކު ޤަތުލުކުޅައުންވެސް، ރަސޫލާ ﷺ ގެ މައްޗަށް الله ބާވައިލެއްވުނު އިސްލާމީ ޝަރީޢަތް ފިޔަވައި އެހެން އެއްޗަކުން ބިންމަތީގައި ޙުކުމް ކުރާނޭ ޠާޣޫތެއް އައްޔަނު ކުރުމަށް ވުރެން ހެޔޮވެގެންވެއެވެ.“ اهـ
❣️ ❝ The true victory is the victory of principles, for when the Muslims are victorious with their principles and steadfastness, they are considered ⌜truly⌝ victorious, and the military victory comes as a second stage. That is why, Allah جل وعلا said about the people of Al-Ukhdūd:
﴿ذَٰلِكَ ٱلۡفَوۡزُ ٱلۡكَبِيرُ﴾
“That is the greatest triumph”
Never did Allah جل وعلا mention in His Book {ذَٰلِكَ ٱلۡفَوۡزُ ٱلۡكَبِيرُ} except regarding them. Even though they were exterminated till the last of them, and not one of them remained!
And Allah جل وعلا called it a great triumph.
It is not in the Qur’ān {That is the greatest triumph} except in this place.
The Qur'ān mentions:
﴿وَذَٰلِكَ ٱلۡفَوۡزُ ٱلۡعَظِيمُ﴾
“And that is the ultimate triumph”
﴿وَذَٰلِكَ هُوَ ٱلۡفَوۡزُ ٱلۡعَظِيمُ﴾
“And that is ˹truly˺ the ultimate triumph.”
﴿ذَٰلِكَ هُوَ ٱلۡفَوۡزُ ٱلۡعَظِيمُ﴾
“That is ˹truly˺ the ultimate triumph.”
﴿ذَٰلِكَ ٱلۡفَوۡزُ ٱلۡعَظِيمُ﴾
“That is the ultimate triumph.”
And it is not in the Qur’ān {That is the greatest triumph} except in ⌜the story of⌝ the people of Al-Ukhdūd, who were exterminated till the last of them, and none of them remained.
Allah جل وعلا called it “victory”, because their principles have triumphed. ❞
— Al-Shaykh Al-Muḥaddith Sulaymān bin Nāṣir Al-'Alwān (text)
~ Galandān
❣️ ދެޞަޙީހުގައި — މިތާގައި މިވަނީ މުސްލިމްގެ ރިވާޔަތުގައިވާ ލަފުޡު — އަބޫ ހުރައިރާ އަރިހުން ރިވާވެގެން ވެއެވެ: ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިކަމެވެ: (لاَ تَقُومُ السَّاعَةُ حَتَّى يُقَاتِلَ الْمُسْلِمُونَ الْيَهُودَ فَيَقْتُلُهُمُ الْمُسْلِمُونَ حَتَّى يَخْتَبِئَ الْيَهُودِيُّ مِنْ وَرَاءِ الْحَجَرِ وَالشَّجَرِ فَيَقُولُ الْحَجَرُ أَوِ الشَّجَرُ يَا مُسْلِمُ يَا عَبْدَ اللَّهِ هَذَا يَهُودِيٌّ خَلْفِي فَتَعَالَ فَاقْتُلْهُ . إِلاَّ الْغَرْقَدَ فَإِنَّهُ مِنْ شَجَرِ الْيَهُودِ)
”މުސްލިމުންނާއި ޔަހޫދީންނާއި ހަނގުރާމަ ނުކުރަނީސް ޤިޔާމަތެއް ނުވާނެއެވެ. އަދި ޔަހޫދީން ހިލަހިލައާއި ގަސްގަހުގެ ބިއްދަށަށް ވަދެ ބޮނދައި ފިލައިފުމަށް ދާންދެން މުސްލިމުން އެބައި މީހުންނައި ހަނގުރާމަ ކުރާނެއެވެ. ފަހެ، އެހިނދު އެހިލަ ނޫނީ ގަސް ބުނާނެއެވެ: އޭ! މުސްލިމް މީހާއެވެ! އޭ! ﷲގެ އަޅާއެވެ! މަގޭ ބިއްދަށުގައި ބޮނދައި މިއޮތީ ޔަހޫދީއެކެވެ. އަވަހަށް އައިސް ޤަތުލްކޮށް ލާށެވެ. ފަހެ، މިހެން ނުބުނާނީ ހަމައެކަނި ޣަރްޤަދު ގަހެވެ. އެހެނީ އެގަހަކީ، ޔަހޫދީންގެ ގަހަކަށް ވާތީއެވެ.“
މިއީ އެންމެހާ މުސްލިމު ތަކުންނަށް އިތުރުކަލޭގެފާނު ﷺ އަރިހުން ވާ ހެޔޮ ޚަބަރެކެވެ. އެއީ އެވެރިންނަށް ޤުދުސް އަނބުރައި ލިބޭނޭ ކަމެވެ. އަދި ވަރުގަދަ ޤަތުލުކުރެވުމަކުން ޔަހޫދީން ޤަތުލު ކުރެވޭނޭކަމެވެ. އަދި މި ޙަދީޘްގައި — ކުރިން މިބަޔާންވެވުނު (އަދި މިޙަދީޘްގެ މިނޫން ރިވާޔަތްތަކުން) — އިތުރުކަލޭފާނުން ﷺ ގެ ނަބީ ކަމުގެ ޢަލާމާތްތަކުގެ 4 ޢަލާމާތެއް ވެއެވެ:
ޔަހޫދީންގެ ދައުލަތެއް ނުއުފެދެނީސް އެ އުފެދޭނެ ކަމުގެ ޚަބަރު: އެހެނީ ދައުލަތެއް އަދި އޭގެ އޮނިގަނޑަކުން ނޫނީ ހަނގުރާމަވެރިކަމެއް ނުއޮންނާނެތީއެވެ.
• ”ޞުލްޙައިގެ އެއްބަސްވުން“ ކަމަށް ނަންދެވިފައި މިވާ އެއްބަސްވުން ތަކަކީ، ޞުލްޙަ އާއި އިއްތިފާޤަށް މަގުފަހި ވާނޭ އެއްޗެއް ނޫން ކަމެވެ. އަދި ކަންހިނގަމުންދާ ޙަޤީޤަތް، މިކަމަށް ހެކިދެއެވެ. އެހެންކަމުން، ކިތައްމެ ވަރަކަށް ދޫ ދިނަސް، އެއަކުން ޔަހޫދީންގެ ރުހުމެއް ޙާޞިލެއް ނުވާނެތެވެ.
• ދެޞަޙީޙު ގައިވާ ފަދައިން، މިޙަދީޘްގެ އެއް ރިވާޔަތުގައި ވަނީ "تقاتلكم يهود" (ޔަހޫދީން ތިޔަބައިމީހުންނާއި ހަނގުރާމަ ކުރާނެތެވެ.) މިހެންނެވެ. އަދި މީގައި ހަނގުރާމަ ފަށާނީ ކޮންބައެއް ކަމުގެ ޚަބަރު ވެއެވެ. އަދި މިއީ (ފަހުން) ކަންތައް ހިނގި ގޮތެވެ.
• ރަސޫލު ﷺ ޔަހޫދީންގެ ގަސް، ޣަރްޤަދް، އިސްތިޘްނާ ކުރެއްވިކަމެވެ. އެހެނީ އެއީ ޔަހޫދީންގެ ގަހުގެ ތެރެއިންވާ އެއްޗެކެވެ. އަދި އެވެރިން އިސްތިޢުމާރު ކޮށްފައިވާ ސަރަހައްދުތަކުގެ ވަށައިގެން ގިނަގުނަކޮށް މިގަސް ދަނީ މިއަދު އިންދެވެމުންނެވެ.
އެހެންކަމުން އިތުރުކަލޭގެފާނު ﷺ ވިދާޅުވީ ތެދެވެ ﴿وَمَا يَنطِقُ عَنِ ٱلْهَوَىٰٓ﴾ (އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ.)
— އައްޝައިޚް، އަލްމުޙައްދިޘް، ޢަބްދުﷲ އައްސަޢްދު (މަސްދަރު)
~ ގަލަންދާނު
`
⏺ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ވާ މުސްލިމުންނަށް ނަޞްރުވެރި ވުމުގެ މުހިއްމުކަން
🔗 #الولاء_والبراء (15)
ނިންމާަލަމުން، މިމުޚާޠަބާ ގައި ޙާޟިރުވެ ތިބީންނާއި އަދި އެހެން އެންމެހާ ތަނެއްގައި ތިބި މުސްލިމުންނަށް: އަފްޣާނިސްތާންގެ (އިސްލާމީ) އިމާރާތާއި، ފަލަސްޠީނާއި ޝީޝާނާއި އަދި މިނޫންވެސް އިސްލާމީ ބިންތަކަށް ނަޞްރުދިނުމުގެ މުޙިއްމުކަމަށް އަލިއަޅުވާލަމެވެ. އެވެރިންގެ ޙުރުމަތްތަކާއި ޢިއްފަތް ރައްކައުތެރިކޮށް ދިނުމެވެ. ކޮންމެ މީހެއްވެސް، އެމީހަކަށް ވީ މިންވަރަކުންނެވެ. ﴿لَا يُكَلِّفُ ٱللَّهُ نَفْسًا إِلَّا وُسْعَهَاۚ﴾ [البقرة:286] (اللَّه، އެއްވެސް نفس އަކަށް، އެ نفس އަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ تكليف އެއް ނުޖައްސަވައެވެ.)
އެހެންކަމުން، މުދަލާއި ގަހަނާގެ ޢަހުލުން، އެވެރިންގެ ޞަދަޤާތާއި ޒަކާތުން ޖިހާދު ޤާއިމު ކުރުމަށް ބައިވެރިވާން ވީއެވެ. ﷲ تعالى ވަޙީކުރެއްވިއެވެ: ﴿وَأَنفِقُوا۟ فِى سَبِيلِ ٱللَّهِ﴾ [البقرة:195] (اللَّه ގެ މަގުގައި ތިޔަބައިމީހުން ހޭދަކުރާށެވެ!)
އަދި ހަނގުރާމަ ކުރުމަށް ކުޅަދާނަ މީހުން އެވެރިންގެ ފުރާނަތައް ދީނަށްޓަކައި ހޭދަކޮށް އާޚިރަތުގެ ޙަޔާތުގެ ބަދަލަށް މިދުނިޔޭގެ ޙަޔާތް ވިއްކާލުމެވެ. އެވެރިންގެ އަޚުންނާއިއެކު އެވެރިންގެ ޙުރުމަތްތަކާއި ޢިއްފަތް ރައްކައުތެރި ކުރުމުގައި ބައިވެރިވުމެވެ. އެވެރިންގެ ބިންތަކުގެ ދިފާޢުގައެވެ. އަދި ޢުދުވާނީ ކާފަރުތަކުންނާއި އަނިޔާވެރި މަރަކީންގެ އަތްދަށުން އެވެރިން ސަލާމަތް ކުރުމުގައެވެ. ﷲ تعالى ވަޙީ ކުރެއްވިއެވެ:
﴿وَمَا لَكُمْ لَا تُقَٰتِلُونَ فِى سَبِيلِ ٱللَّهِ وَٱلْمُسْتَضْعَفِينَ مِنَ ٱلرِّجَالِ وَٱلنِّسَآءِ وَٱلْوِلْدَٰنِ ٱلَّذِينَ يَقُولُونَ رَبَّنَآ أَخْرِجْنَا مِنْ هَٰذِهِ ٱلْقَرْيَةِ ٱلظَّالِمِ أَهْلُهَا وَٱجْعَل لَّنَا مِن لَّدُنكَ وَلِيًّا وَٱجْعَل لَّنَا مِن لَّدُنكَ نَصِيرًا﴾ [النساء:75]
(އަދި، اللَّه ގެ މަގުގައްޔާއި، އަދި ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދިންގެ ތެރެއިން، ނިކަމެތި ވެގެންވާ މީހުން ސަލާމަތްކުރުމުގެ މަގުގައި، ތިޔަބައިމީހުން ހަނގުރާމަ ނުކުރާންވީ ކީއްވެގެން ހެއްޔެވެ؟ އެއުރެންނަކީ، (މިފަދައިން) دعاء ކުރާ މީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އެރަށުގެ أهل ވެރިން އަނިޔާވެރިވެގެންވާ މި ރަށުން އަޅަމެން ނެރުއްވައިފާނދޭވެ! އަދި، އިބަރަސްކަލާނގެ حضرة ން ވާގިވެރިޔަކު އަޅަމެންނަށް ލައްވައިފާނދޭވެ! އަދި، އިބަރަސްކަލާނގެ حضرة ން نصر ވެރިޔަކު އަޅަމެންނަށް ލައްވައިފާނދޭވެ!)
އަދި ނަބިއްޔު ﷺ ޙަދީޘް ކުރެއްވި އެވެ: جاهدوا المشركين بأموالكم وأنفسكم وألسنتكم (ތިޔަބައިމީހުންގެ މުދަލުންނާއި ޖާނުންނާއި ދޫތަކުން، މުޝްރިކުންނާއި ދެކޮޅަށް ޖިހާދުކުރާށެވެ.) ރިވާކުރެއްވީ އަބޫ ދާވޫދު، ޙައްމާދު ބުނު ސަލަމާ ގެ މަގުން ޙުމައިދުއް ޠަވީލު އަރިހުން އަނަސް ފަރާތުންނެވެ. އަދި އޭގެ ސަނަދު ޞައްޙަ އެވެ.
އަދި މުސްލިމު ބިންތަކާއި އެވެރިންގެ ޙުރުމަތްތަކަށް އަރައިގަންނަ ޢުދުވާނީ ކާފަރުންނާއި ހަނގުރާމަ ކުރުމުގެ ވާޖިބު ކަމުގެ މައްޗަށް ޢިލްމުވެރިން ވަނީ އިއްތިފާޤު ވެލައްވާފައެވެ. އަދި އެބިމެއްގެ އަހުލުން ތެދުވެ (އެބިމަށް އަރައިގަންނަ ކާފަރުންގެ) ނުބަޔާއި މަޅިން ދިފާޢުވެވިއްޖެނަމަ، އެބިމުގެ އަހުލުން ނޫން އެހެން މީހުންގެ (އެބަހީ: މިސްލިމުންގެ) ފުށުން މި ފަރުޟު ކެނޑިގެން ދެއެވެ. އަދި އެކާފަރު ޢަދުއްވު ފުށުން ދިފާޢުވުމަށް އަދި މުސްލިމުންގެ ބިމުން އެވެރިން ފައްސާލުމަށް ނާކާމިޔާބު ވެއްޖެނަމަ، އެހިނދުގައި އެބިންތަކާއި ގާތަށް ތިބި އިސްލާމީ ބިންތަކުގައި ތިބި މުސްލިމުންގެ މައްޗަށް އެވެރިންގެ އަޚުންނަށް ނަޞްރުވެރިވުން އަދި ކާފަރުންގެ ޢުދުވާނަށް ހުރަސްއެޅުން ވާޖިބުވެގެންވެއެވެ. އަދި ﷲ تعالى ވަނީ ވަޙީ ކުރައްވާފައެވެ: ﴿وَٱلْمُؤْمِنُونَ وَٱلْمُؤْمِنَٰتُ بَعْضُهُمْ أَوْلِيَآءُ بَعْضٍۚ﴾ [التوبة:71]
(مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިން ކަމުގައިވާ މީހުންނެވެ.)
އަދި ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ: «الْمُسْلِمُ أَخُو الْمُسْلِمِ لاَ يَظْلِمُهُ وَلاَ يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ وَمَنْ فَرَّجَ عَنْ مُسْلِمٍ كُرْبَةً فَرَّجَ اللَّهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ» ”އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ. އޭނާ އޭނާގެ އަޚާއަށް އަނިޔާވެރިއެއްވެސް ނުވާނެއެވެ. ދެރަނިކަމެއްޗެއްވެސް ނުކޮށްލާނެއެވެ. އަދި (ޢަދުއްވަކަށް) ހަވާލެއްވެސް ނުކުރާނެތެވެ. އެމީހެއްގެ އަޚާގެ ބޭނުންތައް ފުއްދައިދޭ މީހާ، ދަންނައެ، ﷲ އެމީހެއްގެ ބޭނުން ފުއްދަވައި ދެއްވުމުގައި ވޮޑިގެންވެއެވެ. އަދި ކަންބޮޑުވުމަކުން މުސްލިމަކު މިންޖު ކޮށްދީފި މީހަކަށް، ޤިޔާމަތް ދުވަހުގެ ކަންބޮޑުވުންތަކުގެ ތެރެއިންކަމެއް ﷲ މިންޖުކޮށް ދެއްވާނެއެވެ.“
=
އިސްލާމް ދީން އަލުން ޢިޔާދަވެ އޭގެ އަހުލުން ގަދަފަދަވުމުގެ ހެޔޮ ޚަބަރުތައް ގިނަގުނައެވެ. އަދި ހާޒިރުގައި މިތިބަ މީހުން އޭގެ މާޒީގެ (ޢިއްޒަތާއި) ބައްދަލު ކުރާނޭ ކަމުގެ ހެޔޮ ޚަބަރުތައް ވެސް މެއެވެ. އަދި މިއީ އެއާއިމެދު ސުވާލެއްނެތި ވާންއޮތްކަމެވެ. އެއީ ޢިއްޒްތެރީން ޢިއްޒަތްކުރެވި ނިކެމެތިން ނިކަމެތި ކުރެވޭ ޙާލުގައެވެ.
މިއަދު ފެންނަމުންދާ ބޮޑު ވޭނާއި އެކުވެސް މުސްލިމުންގެ ތެރެއިން ބައިގަނޑެއްގެ ހިތަށް ނާއުއްމީދެއްވެސް އަދި ބަލިކަށިކަމެއްވެސް އައިސްފައިނުވެއެވެ. އަދި ޖާހިލިއްޔަ މީޑިއާތަކުގެ މަންމަނުކަމަށް އެވެރިންނަށް ފަރުވާލެއް ނެތެވެ. އޮޅުވާލުމުގެ ނުފޫޒާއި އަނދިރިކަން ކިތަންމެ ބަނަވިއެއްކަމަކުއެވެ. ފަސާދަތައް ފެތުރި އަބުރުތައް ނަގައިލެވުނަސް އެވެ. އެހެންކަމުން (ދަންނައެ) އިސްލާމްކަން ދެމިއޮންނާނެތެވެ. އަދި އޭގެ ބިންގަނޑު ފުޅާވާނެތެވެ. އަދި ރޭގަނޑާއި ދުވާލު އެތަނަކަށްފޯރައިފި ކޮންމެ ތަނަކަށް ފޯރާނެތެވެ. ޢިލްމިވެރިންގެ ތެދުވެރިކަމުންނެވެ. ދާޢީންގެ ބުރަ މަސައްކަތުންނެވެ. އަދި ޝަހީދުންގެ ލެއިންނެވެ. އެހެންކަމުން ދެކޮޅުވެރިންނާއި އެކު ނާއުއްމީދާއި އަތްވީއްލުމާއި އިށީނދެ ތިބޭކަށް ޖާގައެއް ނެތެވެ.
އިސްލާމްދީން ގާއިމުވުންވަނީ މަސައްކަތުންނެވެ. ސަމާސާއަކުން ނޫނެވެ.
ޢަމަލުންނެވެ. ލެނގިގެނެއް ނޫނެވެ.
ތެދުވެރި ހިތްތަކަކުންނެވެ. ޚާއިނު ނަފްސުތަކަކުންނެއް ނޫނެވެ.
ﷲ تعالى ވަޙީ ކުރެއްވި އެވެ: ﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ مَا لَكُمْ إِذَا قِيلَ لَكُمُ ٱنفِرُوا۟ فِى سَبِيلِ ٱللَّهِ ٱثَّاقَلْتُمْ إِلَى ٱلْأَرْضِۚ أَرَضِيتُم بِٱلْحَيَوٰةِ ٱلدُّنْيَا مِنَ ٱلْءَاخِرَةِۚ فَمَا مَتَٰعُ ٱلْحَيَوٰةِ ٱلدُّنْيَا فِى ٱلْءَاخِرَةِ إِلَّا قَلِيلٌ إِلَّا تَنفِرُوا۟ يُعَذِّبْكُمْ عَذَابًا أَلِيمًا وَيَسْتَبْدِلْ قَوْمًا غَيْرَكُمْ وَلَا تَضُرُّوهُ شَيْـًٔاۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌޝ﴾ [التوبة:38-39]
(އޭ އީމާންވެއްޖެ މީސްތަކުންނޭވެ! اللَّه ގެ މަގުގައި ހަނގުރާމަ ކުރުމަށް ނުކުންނާށޭ ތިޔަބައިމީހުންނަށް އެންގެވިހިނދު، ތިޔަބައިމީހުން ބިމަށް ބަރުހެލިވެގަތީ ކީއްވެގެންހެއްޔެވެ؟ އާޚިރަތަށްވުރެ ދުނިޔޭގެ ދިރިހުރުމަށް ތިޔަބައިމީހުން ރުހުނީހެއްޔެވެ؟ ދުނިޔޭގެ އުފަލާއި، އަރާމަކީ އާޚިރަތާއި އަޅައިބަލާއިރު، މަދުއެތިކޮޅެއް ކަމުގައި ނޫނީ ނުވެތެވެ. * ތިޔަބައިމީހުން (ހަނގުރާމައަށް) ނުނިކުންނަނަމަ، ވޭންދެނިވި ޢަޒާބަކުން އެކަލާނގެ ތިޔަބައިމީހުންނަށް ޢަޒާބު ދެއްވާނެތެވެ. އަދި ތިޔަބައިމީހުންގެ ބަދަލުގައި، އެހެންބަޔަކު ގެންނަވައިފާނެތެވެ. އަދި ތިޔަބައިމީހުންނަކަށް، އެއްވެސް ކަމަކުން އެކަލާނގެއަށް ގެއްލުމެއް ނުދެވޭނެތެވެ. اللَّه އީ ކޮންމެކަމެއްގެމައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.)
— شَيْخ سُلَيْمَان الْعَلْوَان
(މުޅިފޮތް)
~ ގަލަންދާން
Magey Ummatheve!
أمَّتــــــي
هَل دَرَيتي بِأنَّنـــــا
نَرجوا الوُصولَ لِعِزِّكِ
بَعدَ المُهَيمِنِ مَن لَنا
ياحَبيبَةُ غَيرُكي
މަގޭ އުއްމަތެވެ...
ތިބާއަށް އެނގޭހެއްޔެވެ؟
ތިބާގެ އިއްޒަތަށް ވާޞިލުވުމަށް އަހަރެމެން އެދެމުއެވެ.
އަލްމުހައިމިން (ﷲ) އަށް ފަހު އަހަރެމެންނަށް ދެންވަނީ
އޭލޯތްބާއެވެ.. ތިބާ ފިޔަވައި ކާކުހެއްޔެވެ؟
إبنُكـــــي
مَن يَحوطُ حِياضَك
مَن يَموتُ لِأجلِكِ
مَن يَطيرُ لِمَوتِهِ كُلَّ خِبٍّ مُشرِك
އިނބަގެ ދަރިއެވެ.
އިނބަގެ ގޮބޮޅިއަށް ފާރަވެރި ފަރާތެވެ.
އިނބައަށްޓަކައި މަރުވާފަރާތެވެ.
އެއީ އެމީހެއްގެ މަރުން
ކޮންމެ ނަޖިސް މުޝްރިކެއް ބުރުވާލާ މީހާއެވެ.
شَوقُـــــهُ
كَالحَميمِ المُختَزَل
لِلجِهادِ وَلَم يَزَل
باحِثاً عَن سُؤلِه
كَي يُضَمِّدَ جُرحَكِ
އޭނާގެ ޝައުޤެވެ...
ކެކިއުތުރިއަރާ ހޫނުފެންއެއްޗެއް ފަދައެވެ.
އެއީ ޖިހާދަށްޓަކައެވެ. އަދި އެކެނޑި ނުދެއެވެ.
އޭނާގެ އުއްމީދު ހޯދުމުގައެވެ.
އިނބަގެ ޒަޚަމްތަކަށް ފަރުވާދިނުމުގައެވެ.
أمتي
ِهاهُمو أبناؤك
ِملئ سُجونِ عِداتِكِ
قَد تَضاءَلَ عِندَهُم
ِبَطشُ العَدًوًّ لِما بِك
މަގޭ އުއްމަތެވެ...
މިތިބީ ތިބާގެ ދަރީންނެވެ...
ތިބާގެ ޢަދުއްވުންގެ ޖަލުތަކާއި އެއްމިންވަރަކަށެވެ.
އެ އެވެރިންގެ މައްޗަށް ފާވެފައިވެއެވެ.
ތިބާގެ މައްޗަށް ޢަދުއްވުން އުއްމީދު ކުރަމުންދިޔަ ކަންތަކެވެ.
هُجِّروا
من ثَري أوطانِهم
طورِدوا بِشَبابِهم
مُزِّقَت أجسادهم
كُلُّ ذا مِن أجلِكِ
އެދަރިންތައް ފައްސާލެވިއްޖެއެވެ.
އެވެރިންގެ ބިމާއި ވަތަންތަކުންނެވެ.
އެވެރިންނާއި އެވެރިންގެ ޒުވާންކަން ފޮޅާލެވިއްޖެއެވެ.
އެވެރިންގެ ޖިސުމުތައް ކުދިކުދި ކުރެވިއްޖެއެވެ.
މިއެންމެ ކަމެއް، ފަހެތިބާއަށްޓަކައެވެ.
إن صَغَت
في الدجي أسماعهم
ًهيعة أو فَزعَة
قدوا سُروجَ جِيادهم
وَارتَموا كَنَيازِك
އެދަރިން ނިކަމެތިކިރެވިއްޖެތަ
އެއީ އެވެރިންގެ އަޑުތައް ހަނުކޮށްލައި
(ޢަދުއްވުން) ބިރުގަންނުވާލައި ކުއްލިޔަކަށް
އެވެރިންގެ އަސްތަކުގެ ލަގަންތަކުގައި ހިފައެވެ.
އަދި ތިބާގެ ކަންޒުތައް ގިނަކޮށްދެއެވެ.
كُلُّ مــــا
تَرتَجيهِ الأسدُ أن
تُنصَري ياغالِيَة
إن حَفظتِ قَدرَهم
تُرجِعي أمجادك
މިއެންމެކަމެއްގައި
މިސިންގާތަކުގެ އުއްމީދަކީ ފަހެ
ތިބާއަށް ނަޞްރުދިނުން... އޭ އަގުމާތް އުއްމަތެވެ.
ތިބާ އެވެރިންގެ ޤަދަރުވެރިކަމަށް ރުހިއްޖެތަ
ތިބާގެ ރަންދައުރު އިޔާދަވެއްޖެއެވެ.
~ ގަލަންދާނު
💬މިއީ (ޕްރިންޓު ކޮށްލައިގެންވިޔަސް) ނަމާދުގައި ކިޔާލެވޭނޭ ފަލަސްތީނާއި އޭގެ މުޖާހިދުންނަށް ޚާއްޞަ އަދި އުއްމަތަށް ޢާންމު ޤުނޫތު ނާޒިލާއެއް
Читать полностью…هزتني
نسمات الليالي
فترآء ببالي
طيف آلآم مرير
އަހަރެން ގުޑުވާލިއެވެ.
ދަންވަރުގެ ވައިރޯޅިތަކާއެވެ.
ލޯމައްޗަށް އެވެރިވިއެވެ.
ހިތި ތަދުތަކުގެ ހިޔަންޏެކެވެ.
أبكتني
صرخات الأيامى
وأنين تنامى
حول قيد وأسير
އަހަރެން ރޮއްވައިފިއެވެ.
ހުވަފަތް އަނބީންގެ ހިތާމަތެކެވެ.
އުތުރިއަރަމުންދާ ރުއިންތަކެވެ.
ހައްޔަރުވެ އަސީރުވި (ޤުދުސް) ލާވަށައެވެ.
تكويني
شهقات الثكالى
طعنات توالى
دمعة الطفل الغرير
އަހަރެން ފުނޑުކޮށްލައެވެ.
ދަރީން ގެއްލުނު މައިންބަފައިންގެ ގިސްލުމެވެ.
ފުލުފުލުން އަންނަ ޒަޚަމްތަކެވެ.
ލޯބި ކުޑަކުދިންގެ ކަރުނަތަކެވެ.
مُديني ِ يا شراع الزمان
لربوع الاماني
لمدى زاه منير
އަހަންނަށް އެހީވެދޭށެވެ. އޭފަހެ ވަޤުތުގެ ރިޔަލާއެވެ.
އުއްމީދުގެ ބިންތަކަށެވެ.
އުފަލުގެ އަލި ހިނދުކޮޅަކަށެވެ.
*
يا قدسي
يا نفائح نفسي
فيك ليلي وهمسي
ودعاء المستجير
އޭ ޤުދުސެވެ.
އޭ މިނަފުސުގެ ނޭވާތަކެވެ.
އަހަރެންގެ ރޭތައް ކެކުޅެނީ ތިބާއަށެވެ.
ދުޢާ ތަކާއި ރައްކައުތެރިކަމަށް އެދެމުއެވެ.
من يدري
يا صبابة صدري
أرض ميلاد فجرى
يعقب الليل المغير
ކާކަށްބަ އެނގެނީ؟
މިމޭގަނޑުގެ ތެރޭ މިހިރަ އެނދުންތަކެވެ.
އަހަރެންގެ ފަޖުރުލީ ބިމާއެވެ.
ޢުދުވާން ވެވުނު އެރެއަށް ފަހުގައެވެ.
*
عيناها
نزفها مشتكاها
حزنها وبكاها
مسجداها والمسير
އެކަމަނާގެ ލޮލެވެ. (އެބަހީ މާތް ޤުދުސް)
އޭގެ އޮހޮރުންތަކާއި ޝަކުވާތަކެވެ.
ހިތާމަތަކާއި ރުއިންތަކެވެ.
އެކަމަނާގެ މިސްކިތާއި މަގުތަކެވެ.
سألاها
عن بقايا رؤاها
حين يرنو مناها
فأجابت بالقدير
އެދެވެރިން ސުވާލުކުރިއެވެ.
ދެމިހުރި އެކަމަނާގެ އުއްމީދުތަކަށެވެ.
ކުރިމަގުވަނީ ކޮންތާކަށްތޯއެވެ.
ޖަވާބުދިނެވެ: ޤަދަރުގެވެރި އިލާހުފުށުގައޭ އެވެ.
***
من قلبي
يا حبيبة قلبي
بتُ أدعو لربي
أن يواسي ويجير
މި ހިތުއާޑިން ނެވެ.
މަގޭ ހިތުގެ ލޯތްބާއެވެ.
އަހަރެންގެ ރައްބަށް ދުޢާގައެވެ.
ތަސައްލީ އަކާއި އެހީތެރިކަމަކަށެވެ.
من روحي
يا رفيقة روحي
جئت كي لا تنوحي
أنتِ من روحي الكثير
މި ރޫހުން ނެވެ.
އޭ މިރޫހުގެ އެކުވެރިޔާއެވެ.
މިއައީ ތިބާގެ ހިތާމަ ހުއްޓޭތޯއެވެ.
ކަމަނާތީ، މިރޫހުގެ އެތައް ބައެކެވެ.
🔻
މަދަހަ: هزتني (އަހަރެން ގުޑުވާލިއެވެ.)
ޢަރަބި އަދި ދިވެހި ސަބްޓައިޓުލްސް އާއި އެކު.
https://hazatni.netlify.app/
~ ގަލަންދާނު
📌
❞ ސާފުކޮށް ދަނެގަނެވިފައިވާ އެއްޗަކީ، ޔަހޫދީންނާއި ގަދަހަދައި، އެވެރިން ފަލަސްތީނުން ނެރުލުމަށްޓަކައި އޮތް ހަމައެކަނި މަގަކީ، ހަތިޔާރުން ޖިހާދުކުރުން ކަމެވެ. ފަހެ ގަދަބާރުން ޖަހައިގަތް އެއްޗެއް، ގަދަބާރުން މެނުވީ ލިބުންވެސް ނުވެއެވެ. ❝
— އަލްޢައްލާމާ އައްޝެއިޚް ޙުމޫދު ބުނު ޢުޤްލާ އައްޝުޢައިބީ (رحمه الله)
(މަޞްދަރު: ޢަރަބީންނާއި މުސްލިމުންގެ ވެރީންނަށް ގޮވާލުމެއް)
05 August, 2001
~ ގަލަންދާނު
🗣 (ހަށިގަނޑުން) ލޭބޭރުވުމުން ވުޟޫއު ގެއްލޭ ހެއްޔެވެ؟
❞ ދެންފަހެ ލޭހަދިޔާކުރުމަށްޓަކައި ނޫނީ އެނޫންވެސް ގޮތަކުން ހަށިގަނޑުން (ކުރިމަތިފަރާތާއި ފުރަގަސްފަރާތް ނޫން ތަކަނަކުން) ލޭ ބޭރުވެއްޖެނަމަ، ވުޟޫކުރުމެއް ނުވެއެވެ. އެހެނީ މިކަމުގެ މައްޗަށް ދަލީލެއް ޘާބިތުވެފައި ނެތަތީވެއެވެ. އަދި ލޭ ބޭރުވުމީ ވުޟޫއު ގެއްލޭކަންތަކުގެ ތެރެއިންވާ އެއްޗެއް ނޫނެވެ. ހަމަ އެބީދާއިން އެއްވެސް ނަޖިހެއް ބޭރުވުމީވެސް ވުޟޫއު ގެއްލޭ ކަންތަކުގެ ތެރެއިން ވާކަމެއް ނޫނެވެ. މިއީ (ލެޔަކީ) ނަޖިހެއް ކަމުގައި ބަަލާ ރައުޔުގެ މަތީން ބަލާނަމަވެސް އެވެ. އަދި މިއީ އައްޝާފިޢީ ދެކެވަޑައިގަތް ގޮތެވެ. [އަލްްބުޚާރީވެސްމެއެވެ.] އަދި މިއީ އިމާމް އަޙްމަދުގެ އަރިހުންވާ އެއް ޤަޥްލެވެ. އެޤަވްލު، ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ އިޚްތިޔާރުކުރެއްވިއެވެ. ❝
— ޝެއިޚް ސުލައިމާނު ބުނު ނާޞިރަލް ޢަލްވާން (ތަފްޞީލު ޖަވާބެއް ޢަރަބިން)
އިތުރަށް ކިޔާލުމަށް، Eng. (islamqa)
~ ގަލަންދާނު
🔴 އަނިޔާވެރި ދައުލަތެއް އެއިލާހު ދެމިއޮތަ ނުދެއްވައެވެ...
❞ ދުނިޔޭގައި މީސްތަކުންގެ ދިރިއުޅުން، ޢަދުލުވެރިކަމުގެ ތެރޭ - އޭގައި ފާފަވެރިކަމެއް އެކުލެވުނަސް - ދެމިއޮތުންމާގާތެވެ. އެއީ އެވެރިންގެ ޙައްޤުތައް ނިގުޅައިގަނެވޭ ހާލު (އިތުރު) ފާފަވެރިކަން އެކުނުލެވޭ ގޮތުގައި ދެމިއޮތުމަށް ވުރެންނެވެ.
މިހެންކަމުން ބުނެވެއެވެ: ”ޢަދުލުވެރި ދައުލަތެއް ﷲ ދެމިއޮވެ ދެއްވައެވެ. އެއީ ކާފަރުންކަމުގައި ވިޔަސް އެވެ. އެހެނަސް އަނިޔާވެރި ދައުލަތެއް އެއިލާހު ދެމިއޮތަ ނުދެއްވައެވެ. އެއީ މުސްލިމުންކަމުގައި ވިއެއްކަމަކުއެވެ.“ އަދި ބުނެވެއެވެ: "ކުފުރާއި އަދުލުވެރިކަމުގައި ދުނިޔެ އޮވެދާނެއެވެ. އެހެނަސް އަނިޔަލާއިއެކު އޮންނަ އިސްލާމްކަމެއްގައި އެއެއް ނުއޮންނާނެއެވެ."
އަދި ހަމަކަށަވަރުން ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިގޮތުގައި، އަނިޔާވެރިކަމާއި ރަޙިމުގެ ގުޅުން ކެނޑުމަށްވުރެ އެކަމެއްގެ ޢުޤޫބާތް އަވަސް ފާފައެއް ނުވެއެވެ.
މިހެންކަމުން، އަނިޔާގެ ބަދަލު ދުނިޔޭގައި ލައިގަނެއެވެ. އެއީ އާޚިރަތުގައި އޭނާއަށް ފާފަފުއްސެވި ރަހުމުލެއްވުނެއްކަމަކުއެވެ. އެހެނީ ޢަދުލުވެރިކަމަކީ އެންމެހާކަމެއްގެ ހަމަޖެހުމެވެ. އަދި ޢަދުލުވެރިކަމާއިއެކު ދުނިޔޭގެ ކަންކަން ކޮޅަށްޖެހިއްޖެނަމަ ދެމިއޮވެއެވެ. އެއީ އެކަން ކުޅަ މީހާއަކީ އާޚިރަތްދުވަހު (ދިންނަވައި ކާމިޔާބުވުމުގެ) އެއްވެސްބަޔެއް ނުވާ މީހެއްކަމުގައިވިޔަސް އެވެ. އަދި ޢަދުލުވެރިކަން ޤާއިމުނުވެއްޖެ ހާލަތުގައި އެދެމިނުއޮވެއެވެ. އެއީ އެކަންކުޅަ މީހާ އަކީ އެމީހެއްގެ އީމާންކަމަށް އާޚިރަތުގައި ޖަޒާލިބޭނޭ މީހެއްކަމަށް ވިޔަސް އެވެ. ❝
— شيخ الإسلام އިބްނު ތައިމިއްޔާ رحمه الله [މަޖުމޫޢު އަލްފަތާވާ 28/146]
~ ގަލަންދާނު
⬇️«ރަސޫލާ صلى الله عليه وسلم ގެ ޢީދުމީލާދު ޙަރާމް ވުމުގެ މައިގަނޑު 3 ސަބަބު» ~ގަލަންދާނު
ނޯޓް: އެހެން ޕްލެޓްފޯމްތަކުގައި މި HD ފޮޓޯ ޝެއަރ ކުރައްވާ
②
ތިން އަހަރު ވަންދެން، شِعْب أبي طالب އޭ ކިޔުނު ވާދީއެއްގައި (އެންމެހާ މުޢާމަލާތްތަކުން) ގުޅުންކަނޑާލެވި ވަކިކުރެވިފައި މުސްލިމުތަކުން ތިއްބެވެ. އަދި އޭގެފަހުން އެވެރިން ޙަބަޝާ އަށް ހިޖުރަވެސް ކުރިއެވެ. މި އެންމެހާ ކަމެއްވެސް ވީ، ތަޥްޙީދަށް ދުލެއް ދިނުމަށް އެވެރިން ދެކޮޅުހެދީތީއެވެ. އަދި ކުފުރަކަށް އެއްބަސް ނުވީތީއެވެ.
މިއާއިއެކު، ދަންނައެ، ހަމައެކަނި އިސްތިޘްނާ އޮތީ ޞައްޙަ އިކުރާހެވެ. (الإكراه الملجئ – އިތުރު އިޚްތިޔާރެއް ނެތް، ސަލާމަތެއްނެތް ހަލާކުވަނިވި މަޖުބޫރުން މަޖުބޫރު ކުރެވުމެވެ.) — މިގޮތުން، ވޯޓުލުމުގެ ތަރަހައިގައި، [އިކުރާހުގެ] މިންވަރުގެ އަސާސީ ޙައްދެއްކަމަށް ބެލެވުން ވަނީ، ވޯޓުލުމަށް ގެންދެވި، ބޮލުގައި ބަޑި ޖެއްސެވި، ވޯޓުނުލައިފިނަމަ މަރާލާނެ ކަމުގެ އިންޒާރު ދިނުން ފަދަ ޙާލަތުގައެވެ.
އަދި މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.
އަޙްމަދު މޫސާ ޖިބްރީލް
ރަބީޢުލް އައްޥަލް 8، 1445ހ. ❝
— މަޞްްދަރު، ޝެއިޚްގެ ރަސްމީ ޓްވިޓަރ
~ ގަލަންދާނު
---------------------
[1] މަޖްމޫޢުލް ފަތާވާ 14/470
[2] އައްދުރަރުއް ސަނިއްޔަތި ފިލް އަޖްވިބަތިއް ނަޖްދިއްޔަތި 10/510
[3] سورة البقرة، الآية: 191.
[4] سورة البقرة، الآية: 217.
⭐️ For telegram premium subscribers: Link to boost this channel
/channel/qalandhar?boost
#حديث_ضعيف
⚪️ސަޖިދަ ސޫރަތް ރޭގަނޑު ނިދުމުގެ ކުރިން ކިޔެވުމުގެ މައްޗަށް އޮތް ރިވާޔަތް ޞައްޙަ އެއް ނޫނެވެ.
الله ގެ ރަސޫލާ ﷺ އަވަހާރަފުޅު ނުލައްޕަވައޭ އެހެނަސް ސަޖިދަ ސޫރަތާއި ތަބާރަކަ ސޫރަތް ކިޔަވާ ވިދާޅު ނުވެ، މިމޭރުމުން ސަޖިދަ ސޫރަތާއި މެދު ރިވާވެފައިވާ ޙަދީޘް ބަލިކަށްޓެވެ.⁽¹⁾
އަހަރެން ޝެއިޚް ޢަބްދުލް ޢަޒީޒް އަލްޚުޟައިރު އަރިހު މިރިވާޔަތާއި މެދު ސުވާލުކުރީމެވެ. ވިދާޅުވިއެވެ:
❞ ޟަޢީފެވެ. (ބަލިކައްޓެވެ.) ރޭގަނޑުގެ ޛިކުރުތަކުގެ ⌝ލިޔުމުގައި⌜ ⁽*⁾ އަހަރެމެން މިކަމާއިމެދު ވާހަކަދައްކާފައިވާނެއެވެ. ❝
[*] އޭގައިވެއެވެ: ❞ އަބޫ ޙާތިމް އާއި އައްދާރަޤުޠުނީ މިޙަދީޘް (އަޢައްލަ) ބަލިކަށިކަމަށް ކަނޑައެޅުއްވިއެވެ. އެއީ (ރާވީ) އަބުއްޒުބައިރު ތަދްލީސް ކުރުމާއި ވިދިގެންނެވެ. (އެބަހީ: އޭގައިވާ މައްސަލަ ފޮރުވުން) އެހެންކަމުން ޖާބިރުގެ އަރިހުން މިޙަދީޘް (އަބުއްޒުބައިރަށް) އަޑު އިވިފައެއް ނުވެއެވެ. ❝
އަދި އަހަރެން ޝެއިޚް އަބޫ ޢަލީ އަލްހަސަނީ އަރިހު މިސުވާލު ތަކުރާރު ކުރީމެވެ. ވިދާޅުވިއެވެ:
❞ އަބޫ ޙާތިމް އާއި އައްތިރުމިޛީ އަދި އައްދާރަޤުޠުނީ މިޙަދީޘް ބަލިކަށި ކުރެއްވިއެވެ... މިއީ އަބުއްޒުބައިރު އަރިހުން ޖާބިރު އަރިހުން ރިވާވެފައިވާ ކަމަށް އައިސްފައިވިއެއް ކަމަކުއެވެ. އެހެނީ އަބުއްޒުބައިރު އަރިހުން މިއާއިމެދު ސާފުކުރުމުން، ޖާބިރުގާތުން މި ޙަދީޘް އަޑު ނުއައްސަވަމޭ، އެ ޙަދީޘް ކިޔައިދިނީ އެހެންޏާ ޞަފްވާން ނޫނީ އިބްނު ޞައްފާން ކަމަށް ވިދާޅުވިއެވެ. އަދި މިއީ މިޙަދީޘް ރިވާކުރުމުގެ ތެރޭ ސީދާ އައިސްފައިވާ ވާހަކައެކެވެ. އެއީ އައްދާރަޤުޠުނީ "އަލްޢުލަލް" ގައި އަދި އައްތިރުމިޛީ އެހެންޏާ އެކަލޭގެފާނުގެ "ސުނަން" ގައި ނޫނީ "ޢިލަލް އަލްކަބީރު" ގައި ރިވާކުރެއްވިފަދައިންނެވެ. الله أعلم. ކޮންމެ އަކަސް، މިޙަދީޘް ޞައްޙައެއް ނޫނެވެ. والله المستعان!❝
އަހަރެން ބުނަމެވެ: ޚާލިދު އަލްފުލައިޖު އާއި އައްޠަރީފީ އާއި މުޞްޠަފާ އަލްޢަދަވީ ވެސް މިފަދައިން ވިދާޅުވެތެވެ. ސަޖިދަސޫރަތް ރޭގަނޑު ކިޔެވުން އޮތް ރިވާޔަތް ޞައްޙަ ނޫން ކަމުގައެވެ. އަދި މިއީ އަލްޢަލްވާން އަރިހުންވެސް ފާޅުވާގޮތެވެ. އެހެނީ އަލްމުލްކު ސޫރަތުގެ މައްޗަށް ”މަރުފޫޢުކޮށް އެއްވެސް ރިވާޔަތެއް ޞައްޙަނޫން“ ކަމަށް ވިދާޅުވެފައި ވުމުންނެވެ. އަދި މިއީ އޭގެ ތެރެއިންވާ ރިވާޔަތެކެވެ. ތަބާރަ ސޫރަތް ކިޔެވުމާއިމެދު އަހަރެމެން ގެނައި ތަފްޞީލުގައި މިވާހަކަ ވާނީ ބަޔާން ކޮށްފައެވެ. الله أعلم.
~ ގަލަންދާނު
-----------------------
[1] ޙަދީޘް ރިވަކުރެއްވީ الترمذي في "سننه" ت. شاكر: أبواب فضائل القرآن، باب ما جاء في فضل سورة الملك، برقم (2892). أخرجه أحمد في "المسند" ط. الرسالة، برقم (14659).
أخرجه النَّسائي في "السنن الكبرى"، برقم (10477). "عمل اليوم والليلة" للنَّسائي (ص431) (706). أخرجه الحاكم في "المستدرك على الصحيحين"، برقم (3545). "المعجم الأوسط"، برقم (1483).