💬 "ފިތުނައިގެ ވަގުތުތަކާއި ޢަދުއްވުން މުސްލިމުންގެ މައްޗަށް އަރައިގަންނަ ވަގުތު ތަކުގައި" (އަހަރެމެންނަށް) އެތަކެއް ކަމެއް ލާޒިމުވެގެންވެއެވެ:
⚪️ފުރަމަތަމަ ކަމަކީ: ޤުނޫތެވެ.
ނަބިއްޔު صلى الله عليه وسلم މެންދުރު ނަމާދާއި ޢިޝާއާއި މަޣްރިބުގައި ޤުނޫތު ވިދާޅުވިއެވެ. އަދި މިޙަދީޘްތަކީ އޭގެ ޞައްޙަ ކަމުގެ މައްޗަށް (އަލްބުޚާރީ އާއި މުސްލިމު ދެއިމާމުން) އިއްތިފާޤު ވެވަޑައިގެންފައިވާ ޙަދީޘެވެ. އަދި ނަބިއްޔު صلى الله عليه وسلم ފަތިސް ނަމާދުގައި ޤުނޫތު ވިދާޅުވިއެވެ. އަދި މިކަމުގެ މައްޗަށްވާ ޙަދީޘުތައް މުތަވާތިރެވެ.
އަދި އިބްނު ޢައްބާސުގެ ޙަދީޘުގައި ނަބިއްޔު صلى الله عليه وسلم ޢަޞްރު ނަމާދުގައި ޤުނޫތު ކިޔުއްވިކަމަށް ވާރިދުވެފައި ވެއެވެ. އެރިވާކުރެއްވީ އަބޫ ދާވޫދާއި އެނޫން ބޭކަލުންނެވެ.
އަދި ނަބިއްޔު صلى الله عليه وسلم މެންދުރު ނަމާދުގައި ޤުނޫތު ކިޔުއްވި ހިނދު، އެއީ ސިއްރިއްޔާތު (މަޑުން ކިޔަވާ) ނަމާދެއް ކަމުގައި ވޭމެ، އެއީ ޢަޞްރު ނަމާދުގައި ވެސް ޤުނޫތު ކިޔުން ހުއްދަކަމުގެ މައްޗަށް އޮތް ދަލީލެކެވެ. އަދި ޢިލްމުވެރިންގެ ޤަޥްލުތަކުން ބުރަވެގެންވާ ބަސްފުޅަކީ: (އިމާމު މީހާ) އޭނާގެ ޤުނޫތު އަޑުހަރުކޮށް ކިޔައި، މީސްތަކުން އެއަށް އާމީން ކިޔުމެވެ.
އަދި (ނާޒިލާ) ޤުނޫތުގެ ސުންނަތް ތަކީ: ނިކަމެތިވެފައިވާ މުސްލިމުންނަށް ދުޢާ އާއި ކާފަރުންނަށް ލަޢުނަތުން ފަށައިގަތުމެވެ. މިއީ ނަބިއްޔު صلى الله عليه وسلم ގެ އަމަލުފުޅުގެ މައްޗަށެވެ. ފަހެ އެކަލޭގެފާނުގެ ދުޢާ ގައި ކާފިރުތަކުންނަށް ލަޢުނަތް ދެއްވައި އެވެރިންނާ ދެކޮޅަށް ދުޢާދަންނަވައެވެ.
އަދި އެކަމުން މައުމޫމުންނަށް އެކަމުގައި ހެޔޮއަޘަރު ކުރާނަމަ، ދުޢާ ދިގުކުރުމުގައި ގޯހެއް ނެތެވެ. ޢުމަރުގެފާނު ދުޢާދިގުކުރައްވާ ކަމުގައި ޞައްޙަ ސަނަދަކުން އިބްނު އަބީ ޝައިބާ ރިވާކުރެއްވިއެވެ.
އަދި ދުޢާ ނިންމާލުމުގައި ނަބިއްޔު صلى الله عليه وسلم ޞަލަވާތް ކިޔުމުގައި މައްސަލައެއް ނުވެއެވެ. މިއީ އަޞްޙާބުބޭކަލުންގެ ޢަމަލުފުޅުގެ މައްޗަށެވެ. އިބްނު ޚުޒައިމާ އާއި އެނޫން ބޭކަލުން ޞައްޙަ ސަނަދުން މިކަން ރިވާކުރެއްވިއެވެ.
އަދި ލައިގަނެގެން އުޅޭ ކަންތައް ކެނޑުމާއި ހަމަޔަށް، (ނަމާދުތަކުގައި) ޤުނޫތު ކިޔުން ކުރިޔަށް ގެންދިޔުން ވެއެވެ. އެއީ އެގޮތުގައި ޤިޔާމަތާއި ހަމަޔަށް ދެމިއޮތަސް އެވެ. އެހެނީ މިއީ ނަޞްރުވެރިވުމުގެ ތެރެއިންވާ ކަމެކެވެ. އަދި ދުޢާއިން މުސްލިމުތަކުންނަށް ނަޞްރު ލިއްބައިދިނުމުގައި ނުހަނު ބޮޑު މަދަދެއް ވެއެވެ. މިސަބަބަށްޓަކައި އުޙުދު ހަނގުރާމައިގައި ނަބިއްޔު صلى الله عليه وسلم އެކަލޭގެފާނުގެ ރައްބަށް ދެންނެވުމުގައި ގަދައަޅުއްވައި ހުންނެވިއެވެ. އަދި އަޞްޙާބުބޭކަލުން رضي الله عنهم ، ހަނގުރާމަތަކާއި ކުރިމަތިލުންތަކުގައި ﷲ جل وعلا ގެ ރައްކާތެރިކަމުގެ ނިވާފަތްގަނޑަށް ވަދެވަޑައިގަންނަވަތެވެ. އެހެނީ ﷲ ޙަޟުރަތު ރައްކާތެރިކަމެއް އެއިލާހުފުށުން މެނުވީ ހަމަ ނުވެއެވެ.
إذا انقطعت اطماع عبدٍ عن الورى
އަޅެއްގެ އުއްމީދު ކެނޑިއްޖެނަމަ މީހުން ފުށުން
تعلق بالرب الكريم رجاؤه
އޭނާ ހިފަޔޭ ދީލަތި ރައްބުގެ އުއްމީދުގައި
فأصبح حرًا عزةً وقناعةً
އެހިނދު ވެޔޭ މިނިވަން ޢިއްޒަތާ ރުހުމުގައި އޭނާ
على وجهه أنواره وضياؤه
އޭނާގެ މޫނުން ނޫރާއި ވިދުން ބަބުޅަމުން
وإن علُقت بالخلق أطماع نفسه
ނަފްސުގެ އުއްމީދުތަކަށް މަޙުލޫޤުނަށް ބަރޯސާވެއްޖެނަމަ
تباعد ما يرجو وطال عناؤه
އޭނާގެ އެދުން ކެނޑިދަނީ ކަންބޮޑުވުން ދިގުލަމުން
فلا ترجُ إلا الله في الخطب وحده
ވީމާ ﷲ އަށް އެކަނި ނޫނީ ދަންނަވަން ނުގުޑޭށެޔޭ
ولو صح في خل الصفاء صفاؤه
އެއީ ތެދުވެރި ގާތް ރައްޓެއްސެއް އެނޫން ހުއްޓަކަސް
އަދި ބަޔެއް ނަމާދުތަކުގައި ޤުނޫތުކިޔައި އެނޫން ނަމާދުތަކުގައި ދޫކުރިޔަސް އޭގައި މައްސަލައެއް ނުވެއެވެ. އަދި ވަކި ނަމާދުތަކަކަށް ޤުނޫތުކިޔުމަށް ޚާއްޞަކުޅައުމުގައިވެސް މައްސަލައެއް ނެތެވެ. އަދި އޭގައި ދެމިހުރެ އޭނާގެ ނަފްސަށް ތުރާ ފޯރާކަމަށް ބިރުގަންނަނީ ނަމަ، ޤުނޫތު ދޫކޮށްލުމުގައިވެސް ގޯހެއް ނެތެވެ. އަދި އޭނާގެ ސަޖިދާގައި ﷲ جل وعلا ދެންނެވުމުގައި ދެމިހުންނާނީއޭވެ. އަދި މީސްތަކުންނަށްވެސް އެކަމަށް އިރުޝާދު ދޭނީއެވެ.
އަދި މިއީ މުސްލިމުންނަށް އެވެރިންގެ އަޚުންނަށްޓަކައި ވެވޭން އޮތް (އެހީގެ) އެންމެ ކުޑަ މިންވަރެވެ. ފަހެ މިދާ ހަގުރަމާޔަކީ ޞަލީބީ ޙަނގުރާމައެކެވެ. އެ އިޢުލާނުކުރީ ކުފުރުގެ އިމާމުންތަކެވެ.
⚪️ދެވަނަ ކަމަކީ: ދުލުން އެވެރިންނަށް ނަޞުރުވެރި ވުމެވެ. އެއީ އެވެރިންނަށް ފޯރިދީ، ލިޔުންތައް ލިޔެ، މެސެޖުތައް ފޮނުވައި، އެވެރިންގެ ހިތްވަރު އާލާކުރުވުމެވެ.
⚪️ތިންވަނަ ކަމަކީ: މުދަލުން އެވެރިންނަށް އެހީތެރިވުމެވެ. އެއީ ޒަކާތްތަކާއި ޞަދަޤާތްތަކެވެ. އެހެނީ މިއީ އީމާންކަމުގެ އަޚުވަންތަކަން ގޮވާލާކަންތައްތަކުގެ ތެރެއިން ކަމެކެވެ. އަދި ޝަރީޢަތުގެ ގޮވާލުންތަކުގެ ތެރެއިން ގޮވާލުމެކެވެ.
=
✅The Misconception That Taḥākum To The Ṭāghūt Is Permissible In A Case Of Necessity
①
Shaykh Aḥmad Al-Khālidī (فك الله أسره) said:
❝And what’s considered from the greatest proofs that whoever utters or performs Kufr has disbelieved except if he was under Ikrāh (compulsion), is that the one who makes Taḥākum to retrieve his rights is included within Allāh's statement:
"That is because they preferred the worldly life over the Hereafter and that Allah does not guide the disbelieving people.” [16:107].
...Shaykh Sulaymān Ibn Sahmān (رحمه الله) said in one of his treatises {these words are referring to clarifying the Ṭāghūt and the obligation of avoiding it}, and he mentioned the second level, so he said:
“When you have realized that Taḥākum (seeking judgement) from the Ṭāghūt is Kufr - then you should also know that Allāh has mentioned in His Book that Kufr is worse than bloodshed, as Allāh (سبحانه وتعالى) said:
“And fitnah is greater than killing.”
And He (also) said:
“And fitnah is more severe than killing.”
And fitnah is none other than Kufr. Thus, if the village and the city were to wage war against each other, till the point they all die - This would undoubtedly be better than setting up a Ṭāghūt upon earth, governing in contradiction to the Sharī'ah of Islām, the legislation with which Allāh sent His Messenger (صلى الله عليه وسلم).
The 3rd level: Is to say; If this taḥākum is Kufr, and the dispute is solely for worldly matters, then how is it permissible to perform Kufr for the sake of that?!
Undoubtedly, an individual doesn’t believe until Allāh and His Messenger is more beloved to him than anything besides them, and until the Messenger is more beloved to him than his child, father and all of mankind.
So if your dunyā was to disappear completely (i.e. lose everything), it would not be permissible for you to make taḥākum to the Ṭāghūt to retrieve it, and even if someone made you in serious need of that and gave you two options between making taḥākum to the Ṭāghūt or to sacrifice your dunyā possessions, it would become obligatory upon you to make that sacrifice, and it wouldn’t be permissible for you to make taḥākum to the Ṭāghūt, and Allāh knows best.” — End quote⁽¹⁾ ...
So all of these evidences are indicative of not excusing whoever performs Kufr due to being affected of losing a portion of the dunyā...
As for making qiyās (analogy) that the Muḍtar (one under ḍarūrah) taking the same ruling as the Mukrah (one under Ikrāh) in committing Kufr, then that’s Bātil.
Shaykh Ḥamad Ibn ‘Atīq (رحمه الله) mentioned in response to whoever used qiyās (analogy) of applying Iḍtirār (necessity) upon Ikrāh in Kufr:
“Allah says, “If one is under necessity without willful disobedience nor transgressing due limits, then there is no sin on him” [2:173]
So it was made a condition, while necessity exists, that the one who commits the harm (of eating harām) does so without willful disobedience nor transgression.
And the difference between the two situations (Ikrāh and ḍarūrah) is not hidden to the one who can see with two eyes, and what is to be also said; Does the lawfulness of eating dead meat for the one under necessity permit committing kufr willingly (without Ikrāh)?!
And is this comparison anything like making qiyās (analogy) of marrying one’s sister or daughter, based upon the permissibility of the free man marrying the slave woman under his possession when he fears fornication and inability (to marry a free woman).
So this person who likened (between ḍarūrah and Ikrāh) has even took it further than the Qiyās (analogy) used by those who said: ‘Trading is only like usury’ (Ribā)” —End quote.⁽²⁾
Infact, Allāh didn’t consider loving one’s father, children, land, wealth, wives, clan, livelihood, business or anything else from the affairs of the dunyā as an excuse in abandoning hijrah, while the one who abandons it is muḍtar (in serious need) due to these excuses or atleast some of them, as it’s plainly clear, so imagine the case with what’s more severe and intense?
💬ދުޢާ ކުރުމުގައި ޤިބުލަޔަށް ކުރިމަތިލުމުގެ ޙުކުމް އަދި މީގެ ދަށުން: ޖަނާޒާގައި މައްޔިތާއަށް ދުޢާ ކުރުމާއި ގުޅުންހުރި ބައެއް އަދަބުތައް
①
ޝެއިޚް މުޞްޠަފާ އަލްޢަދަވީ، އަލްބުޚާރީގެ ޞަޙީޙުގެ ޝަރަޙައިގައި ވިދާޅުވިއެވެ:
❞ އަލްބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި ވިދާޅުވިއެވެ: ބާބު: ޤިބުލައަށް ކުރިމަތިނުލައި ދުޢާ ކުރުން: އަނަސް ـ رضى الله عنه ـ އަރިހުން ރިވާވެގެން ވެއެވެ: ”ހުކުރު ދުވަހެއްގައި ނަބިއްޔު ﷺ މިންބަރުގައި ހުންނަވައިގެން ޚުޠުބާ ދެއްވަނިކޮށް މީހަކު ތެދުވެ ދެންނެވިއެވެ: 'އޭ الله ގެ ރަސޫލާއެވެ! ވާރޭ ވެއްސެވުމަށް ދުޢާކޮށް ދެއްވާށެވެ!' (އެހިނދު ދުޢާ ކުރެއްވިއެވެ.) ދެން ބިޔަ ވިލާތައް އައިސް އުޑުމަތި ބަނަކުރިއެވެ. އަދި ގެއަށް ދިއުމަށް ދަތިވާވަރަށް ވާރޭ ވެހެންފެށިއެވެ. އަދި ވިދިގެންއައި ހުކުރާ ހަމަޔަށްވެސް ވާރޭ މެދުނުކެނޑެއެވެ. އަދި ހަމަ އެމީހާ ނުވަތަ އެހެން މީހަކު ތެދުވެ ދެންނެވިއެވެ. އޭ الله ގެ ރަސޫލާއެވެ. ވާރޭ ހުއްޓެވުމަށް ދުޢާކޮށްދެއްވާށެވެ. އަހަރެމެން ޣަރަޤުވެއްޖެއެވެ. ދެން އެކަލޭގެފާނުގެ ދުޢާކުރެއްވިއެވެ. "اللَّهُمَّ حَوَالَيْنَا وَلاَ عَلَيْنَا" ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންގެ ވަށައިގެންވާ ތަންތަނަށް ވެއްސަވާނދޭވެ! އަދި (މިވަގުތަށް) އަޅަމެންގެ މައްޗަށް ނުވެއްސަވާނދޭވެ!" ދެން ވިލާތައް މަދީނާ މަތިން ނެއްޓި، މަދީނާގެ މީސްތަކުންގެ މައްޗަށް ވާރޭ ވެހުން ހުއްޓިއްޖެއެވެ.“
މީގެން ނެގޭ ހެއްކަކީ، ނަބިއްޔު ﷺ އަރިހުން ދުޢާ ކޮށްދެއްވުމަށް ދެންނެވުނު ހިނދު، (ޤިބުލައަށް އެނބުރިވަޑައިގެން) އެބައިމީހުންނަށް ފުރަގަސްދެއްވިކަން ވާރިދުވެފައި ނުވުމެވެ. އަދި ހުންނެވީ (ހުކުރު) ނަަމާދަށް އައިސްތިބި މީހުންނަށް ކުރިމަތިލައްވައިގެންކަމެވެ. ވީމާ މިއިން ނެގޭ ދަލީލަކީ ޤިބުލަޔަށް ކުރިމަތިނުލައި ހުރެ ދުޢާ ކުރުމުގެ ޖާއިޒުކަމެވެ. މިއީ މި (ޙަދީޘުން) ހެކިކޮށްދޭ ނަޒަރެވެ. ދެން (ޢަލްބުޚާރީ) ވިދާޅުވިއެވެ: ”ބާބު: ޤިބުލައަށް ކުރިމަތި ލައިގެން ދުޢާ ކުރުން“ އެބަހީ، މިގޮތްވެސް ހުއްދަވާފަދައިން އަނެއްގޮތްވެސް ހުއްދަވެޔޭ އެވެ. އަދި ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. ❝ — اهــ.
އަދިވެސް އަލްޢަދަވީ އާއި ސުވާލުވެވުނެވެ: ”މައްޔިތާ ވަޅުލާއިރު ދުޢާ ކުރުމުގައި ޤިބުލައަށް އެނބުރުން ވާޖިބުތޯއެވެ؟“ ވިދާޅުވިއެވެ: ”ވާޖިބެއް ނޫނެވެ. އަދި ނަބިއްޔު ﷺ އާއި އަޞްޙާބުން، ޤަބުރުގެ ދޮށުގައި (ދުޢާ ކުރެއްވުމަށް) ޤިބުލަޔަށް އެނބުރިވަޑައިގެންކަމެއް ވާރިދުވެފައެއް ނުވެއެވެ.“
މައްޔިތާއަށް ދުޢާ ކުރުމާއިމެދު اللجنة الدائمة އާއި ސުވާލުވެވުނެވެ. (ފަތުވާ 7136 ގެ ދެވަނަ ސުވާލުގައި) ވިދާޅުވޫއެވެ:
”ހިނެވާ ވަޤުތާއި ކަފުންކުރާ ވަޤުތުގައި އަދި މިނޫން ދަނޑިވަޅުގައިވެސް މައްޔިތާއަށް ދުޢާ ކުރުމުގައި މައްސަލައެއް ނުވެއެވެ. އެހެނީ ދުޢާ އަކީ މައްޔިތާއަށް މަންފަޢު ކުރާ އެއްޗެކެވެ. އެހެނަސް އެއީ (އެއްވެގެން) ޖަމާޢަތެއްގެ ސިފައިގައި ނޫނީ އަތްއުފުލައި ނަމަ، އެއީ ބިދުޢައެކެވެ. އެކަމަށް ޡާހިރު ޝަރީޢަތުން އަހަރެމެންނަށް އެނގިފައިވާ އެއްޗަކުން ދަލީލެއް ނެތެވެ. އެހެނަސް ވަޅުލެވުމަށް ފަހު ވަކިފަރުދުން ވިޔަސް ނޫނީ ޖަމާޢަތެއް ގޮތުގައިވިޔަސް ދުޢާކުރުމީ، ޝަރުޢީ ހުއްދަ ކަމެކެވެ. އެއީ ނަބިއްޔު ﷺ އަރިހުން ވާރިދުވެފައިވާ މިޙަދީޘުގެ މައްޗަށެވެ...“—اهــ. ދެން އަންނަނިވި ޙަދީޘު ނަޤުލުކުރެއްވިއެވެ:
ޢުޘްމާން رضي الله عنه އަރިހުން، އެކަލޭގެފާނު ވިދާޅުވިޔޭ: ”މައްޔިތާ ވަޅުލައި ނިމޭހިނދު ރަސޫލު ﷲ ﷺ އެޤަބުރުދޮށު ކޮޅަށް ހުންނަވައި ޙަދީޘް ކުރައްވައެވެ: (استغفروا لأخيكم واسألوا له التثبيت ، فإنه الآن يُسأل) ”ތިޔަބައިމީހުންގެ އަޚާގެ ފާފަ ފުއްސަވާ ދެއްވުމަށާއި ޘާބިތުކަން ދެއްވުމަށް ދުޢާކޮށްދޭށެވެ. މިހާރު އޭނާ އާއި ސުވާލު ކުރެވޭނެއެވެ.“ ⁽¹⁾
--------------------------
[1] ބުލޫޣުލް މަރާމް ގެ ޝަރަޙާގައި (ޙަދީޘް 546) ، އަލްޢަލްވާން ވިދާޅުވިއެވެ: ”މިޙަދީޘް ރިވާކުރެއްވީ އަބޫ ދާވޫދު އެކަލޭގެފާނުގެ ސުނަން ގައެވެ. ވިދާޅުވީ، 'އަހަރެމެންގާތު އިބްރާހީމް ބުނު މޫސާ އައްރާޒީ ދެންނެވިއޭ، ތިމަންމެންގާތު ހިޝާމް ވިދާޅުވިއޭ، ޢަބްދު ﷲ ބުނު ބުޙައިރު ބުނު ރައިސާން އަހަރެމެންނަށް ޙަބަރުދިނޭ، ޢުޘްމާނުގެފާނުގެ މަޥްލާ (މިނިވަންކުރެވިފައިވާ އަޅު) ހާނީ އަރިހުން ޢުޘްމާނުގެފާނު ގާތުންނޭ' މިއެވެ. އަދި ނަވަވީ-އިމާމު "އަލްއަޛްކާރު" ގައި މި (ރިވާޔަތް) "ޙަސަން" ކުރެއްްްވިއެވެ. އަދި އިބްނު ޙަޖަރު ވެސް އެވެ. އަދި (ރާވީންތެރޭވާ) ޢަބްދު ﷲ ބުނު ބުޙައިރު [ނޫނި ބަޙީރު] ވަނީ އިބުނި މަޢީނު އިތުބާރު ކުރައްވާފައެވެ. އަދި ޢުޘްމާނުގެފާނުގެ މަޥްލާ، ހާނީ އަކީ ޞަދޫޤު (ތެދުވެރި) އެކެވެ. އަދި އަލްޙާކިމް ވެސް އެކަލޭގެފާނުގެ "މުސްތަދްރަކް" ގައި މިޙަދީޘް ޞައްޙަކުރެއްވިއެވެ.“—اهـ. އަދި ބުލޫޣުލް މަރާމުގެ ތަޢްލީޤުގައި (ޞ. 236) ޑރ. މާހިރު އަލްފަޙްލު ވިދާޅުވިއެވެ: ”މިރިވާޔަތުގެ ސަނަދު ޞައްޙައެވެ.“
💙
❞ ތިބާ ޢަފޫ ކުރާ މިންވަރަކުން، ތިބާގެ ކުށްތަކަށްވެސް މީސްތަކުން ލޯއެޅުން ކުޑަކުރެއެވެ. އަދި މީސްތަކުންގެ ކުށްތަކުގެ ތަފްޞީލަށް ތިބާ ބަލައިހާވައި، އަދި އެވެރިންނަށް ދުއްތުރާކޮށް އެވެރިންގެ މުދަލާއި ޢަމަލުތަކުގެ ފަސްފަހަތުންދާ މިންވަރަކަށް، ތިބާގެ އެކަންތައްތަކަށްވެސް މީސްތަކުން ފާރަލައެވެ. ❝
— އައްޝައިޚް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން (ބަސްކޮޅު)
~ ގަލަންދާނު
Portrayal Of Concerns On A Minute Matter While Infringing Upon Greater Sins
Ibn Rajab Al-Ḥanbalī said: ❝ Here there is a matter that ought to be understood, which is that minute investigations to refrain from ambiguities is only fitting for someone whose circumstances are all exemplary and whose actions are consistent with taqwā (fear of Allah) and wara' (apprehensive fear). As for someone who falls into violating clear obvious prohibitions and then wants to be (outwardly) apprehensive about minute ambiguities, for him there is inability to bear it, rather he is rebuked for that. As Ibn 'Umar said to the Iraqi who asked him about the blood of a mosquito (i.e. killing a mosquito while in ihram), he replied "They ask me about the blood of a mosquito and they killed Husayn. I heard the Prophet ﷺ say: 'They [Ḥassan and Ḥussayn] are my two flowers in this world.'"
⏺❞ ﷲ މަގުގައި ކުރެވޭ ޖިހާދަކީ ޝަރުޢީ ގޮތުން (ކަނޑައެޅިފައިވާ) ފަރުޟެކެވެ. އަދި ޟަރޫރަތަށް ބަލާއިރު އެންމެ މުހިއްމު ވެގެންވާ ޖިހާދުގެ ބާވަތަކީ މުދަލުގެ ޖިހާދެވެ. އެހެންކަމުން، ޢަދުއްވުންނަށް މާލީގޮތުން ހަމަލާ ދިނުމުގައި ލާޒިމުވުމާއި އެއަށް ލޮޅުންދިނުން ވަނީ، ﷲ ގެ މަގުގައި ކުރެވޭ ޖިހާދުގެ ތެރެއިންނެވެ. މިގޮތުން، ފަރަންސޭސި ވިލާތާއި ޑެންމާކާއި ޗައިނާ އަދި ޒަޔަނިސްޓުންނާއި އެމެރިކާފަދަ.. އިޤްތިޞާދިއްޔާތާއި ގުޅުންކަނޑާލުން ހިމެނެނީ، ﷲ ގެ މަގުގައި ކުރެވޭ އެންމެ މަތިވެރި ޖިހާދު ތަކުގެ ތެރެއިންނެވެ. ❝
— ޝައިޚް ޙައްސާން ޙުސައިން، އައްޞޫމާލީ (މަޞްދަރު)
~ގަލަންދާނު
#حديث_ضعيف
Al-Shawkānī stated in his famous work regarding fabricated narrations ”Al-Fawāidul Majmū'atu Fī Aḥādīthil Mawḍū'ati" (p. 431) :
“Al-Ṭabarānī narrated from ibn 'Abbās in marfū' way, regarding the virtue of ribāt (garrison) in 'Asqalān”
🔻🔻
❣️ ދެޞަޙީހުގައި — މިތާގައި މިވަނީ މުސްލިމްގެ ރިވާޔަތުގައިވާ ލަފުޡު — އަބޫ ހުރައިރާ އަރިހުން ރިވާވެގެން ވެއެވެ: ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިކަމެވެ: (لاَ تَقُومُ السَّاعَةُ حَتَّى يُقَاتِلَ الْمُسْلِمُونَ الْيَهُودَ فَيَقْتُلُهُمُ الْمُسْلِمُونَ حَتَّى يَخْتَبِئَ الْيَهُودِيُّ مِنْ وَرَاءِ الْحَجَرِ وَالشَّجَرِ فَيَقُولُ الْحَجَرُ أَوِ الشَّجَرُ يَا مُسْلِمُ يَا عَبْدَ اللَّهِ هَذَا يَهُودِيٌّ خَلْفِي فَتَعَالَ فَاقْتُلْهُ . إِلاَّ الْغَرْقَدَ فَإِنَّهُ مِنْ شَجَرِ الْيَهُودِ)
”މުސްލިމުންނާއި ޔަހޫދީންނާއި ހަނގުރާމަ ނުކުރަނީސް ޤިޔާމަތެއް ނުވާނެއެވެ. އަދި ޔަހޫދީން ހިލަހިލައާއި ގަސްގަހުގެ ބިއްދަށަށް ވަދެ ބޮނދައި ފިލައިފުމަށް ދާންދެން މުސްލިމުން އެބައި މީހުންނައި ހަނގުރާމަ ކުރާނެއެވެ. ފަހެ، އެހިނދު އެހިލަ ނޫނީ ގަސް ބުނާނެއެވެ: އޭ! މުސްލިމް މީހާއެވެ! އޭ! ﷲގެ އަޅާއެވެ! މަގޭ ބިއްދަށުގައި ބޮނދައި މިއޮތީ ޔަހޫދީއެކެވެ. އަވަހަށް އައިސް ޤަތުލްކޮށް ލާށެވެ. ފަހެ، މިހެން ނުބުނާނީ ހަމައެކަނި ޣަރްޤަދު ގަހެވެ. އެހެނީ އެގަހަކީ، ޔަހޫދީންގެ ގަހަކަށް ވާތީއެވެ.“
މިއީ އެންމެހާ މުސްލިމު ތަކުންނަށް އިތުރުކަލޭގެފާނު ﷺ އަރިހުން ވާ ހެޔޮ ޚަބަރެކެވެ. އެއީ އެވެރިންނަށް ޤުދުސް އަނބުރައި ލިބޭނޭ ކަމެވެ. އަދި ވަރުގަދަ ޤަތުލުކުރެވުމަކުން ޔަހޫދީން ޤަތުލު ކުރެވޭނޭކަމެވެ. އަދި މި ޙަދީޘްގައި — ކުރިން މިބަޔާންވެވުނު (އަދި މިޙަދީޘްގެ މިނޫން ރިވާޔަތްތަކުން) — އިތުރުކަލޭފާނުން ﷺ ގެ ނަބީ ކަމުގެ ޢަލާމާތްތަކުގެ 4 ޢަލާމާތެއް ވެއެވެ:
ޔަހޫދީންގެ ދައުލަތެއް ނުއުފެދެނީސް އެ އުފެދޭނެ ކަމުގެ ޚަބަރު: އެހެނީ ދައުލަތެއް އަދި އޭގެ އޮނިގަނޑަކުން ނޫނީ ހަނގުރާމަވެރިކަމެއް ނުއޮންނާނެތީއެވެ.
• ”ޞުލްޙައިގެ އެއްބަސްވުން“ ކަމަށް ނަންދެވިފައި މިވާ އެއްބަސްވުން ތަކަކީ، ޞުލްޙަ އާއި އިއްތިފާޤަށް މަގުފަހި ވާނޭ އެއްޗެއް ނޫން ކަމެވެ. އަދި ކަންހިނގަމުންދާ ޙަޤީޤަތް، މިކަމަށް ހެކިދެއެވެ. އެހެންކަމުން، ކިތައްމެ ވަރަކަށް ދޫ ދިނަސް، އެއަކުން ޔަހޫދީންގެ ރުހުމެއް ޙާޞިލެއް ނުވާނެތެވެ.
• ދެޞަޙީޙު ގައިވާ ފަދައިން، މިޙަދީޘްގެ އެއް ރިވާޔަތުގައި ވަނީ "تقاتلكم يهود" (ޔަހޫދީން ތިޔަބައިމީހުންނާއި ހަނގުރާމަ ކުރާނެތެވެ.) މިހެންނެވެ. އަދި މީގައި ހަނގުރާމަ ފަށާނީ ކޮންބައެއް ކަމުގެ ޚަބަރު ވެއެވެ. އަދި މިއީ (ފަހުން) ކަންތައް ހިނގި ގޮތެވެ.
• ރަސޫލު ﷺ ޔަހޫދީންގެ ގަސް، ޣަރްޤަދް، އިސްތިޘްނާ ކުރެއްވިކަމެވެ. އެހެނީ އެއީ ޔަހޫދީންގެ ގަހުގެ ތެރެއިންވާ އެއްޗެކެވެ. އަދި އެވެރިން އިސްތިޢުމާރު ކޮށްފައިވާ ސަރަހައްދުތަކުގެ ވަށައިގެން ގިނަގުނަކޮށް މިގަސް ދަނީ މިއަދު އިންދެވެމުންނެވެ.
އެހެންކަމުން އިތުރުކަލޭގެފާނު ﷺ ވިދާޅުވީ ތެދެވެ ﴿وَمَا يَنطِقُ عَنِ ٱلْهَوَىٰٓ﴾ (އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ.)
— އައްޝައިޚް، އަލްމުޙައްދިޘް، ޢަބްދުﷲ އައްސަޢްދު (މަސްދަރު)
~ ގަލަންދާނު
`
⏺ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ވާ މުސްލިމުންނަށް ނަޞްރުވެރި ވުމުގެ މުހިއްމުކަން
🔗 #الولاء_والبراء (15)
ނިންމާަލަމުން، މިމުޚާޠަބާ ގައި ޙާޟިރުވެ ތިބީންނާއި އަދި އެހެން އެންމެހާ ތަނެއްގައި ތިބި މުސްލިމުންނަށް: އަފްޣާނިސްތާންގެ (އިސްލާމީ) އިމާރާތާއި، ފަލަސްޠީނާއި ޝީޝާނާއި އަދި މިނޫންވެސް އިސްލާމީ ބިންތަކަށް ނަޞްރުދިނުމުގެ މުޙިއްމުކަމަށް އަލިއަޅުވާލަމެވެ. އެވެރިންގެ ޙުރުމަތްތަކާއި ޢިއްފަތް ރައްކައުތެރިކޮށް ދިނުމެވެ. ކޮންމެ މީހެއްވެސް، އެމީހަކަށް ވީ މިންވަރަކުންނެވެ. ﴿لَا يُكَلِّفُ ٱللَّهُ نَفْسًا إِلَّا وُسْعَهَاۚ﴾ [البقرة:286] (اللَّه، އެއްވެސް نفس އަކަށް، އެ نفس އަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ تكليف އެއް ނުޖައްސަވައެވެ.)
އެހެންކަމުން، މުދަލާއި ގަހަނާގެ ޢަހުލުން، އެވެރިންގެ ޞަދަޤާތާއި ޒަކާތުން ޖިހާދު ޤާއިމު ކުރުމަށް ބައިވެރިވާން ވީއެވެ. ﷲ تعالى ވަޙީކުރެއްވިއެވެ: ﴿وَأَنفِقُوا۟ فِى سَبِيلِ ٱللَّهِ﴾ [البقرة:195] (اللَّه ގެ މަގުގައި ތިޔަބައިމީހުން ހޭދަކުރާށެވެ!)
އަދި ހަނގުރާމަ ކުރުމަށް ކުޅަދާނަ މީހުން އެވެރިންގެ ފުރާނަތައް ދީނަށްޓަކައި ހޭދަކޮށް އާޚިރަތުގެ ޙަޔާތުގެ ބަދަލަށް މިދުނިޔޭގެ ޙަޔާތް ވިއްކާލުމެވެ. އެވެރިންގެ އަޚުންނާއިއެކު އެވެރިންގެ ޙުރުމަތްތަކާއި ޢިއްފަތް ރައްކައުތެރި ކުރުމުގައި ބައިވެރިވުމެވެ. އެވެރިންގެ ބިންތަކުގެ ދިފާޢުގައެވެ. އަދި ޢުދުވާނީ ކާފަރުތަކުންނާއި އަނިޔާވެރި މަރަކީންގެ އަތްދަށުން އެވެރިން ސަލާމަތް ކުރުމުގައެވެ. ﷲ تعالى ވަޙީ ކުރެއްވިއެވެ:
﴿وَمَا لَكُمْ لَا تُقَٰتِلُونَ فِى سَبِيلِ ٱللَّهِ وَٱلْمُسْتَضْعَفِينَ مِنَ ٱلرِّجَالِ وَٱلنِّسَآءِ وَٱلْوِلْدَٰنِ ٱلَّذِينَ يَقُولُونَ رَبَّنَآ أَخْرِجْنَا مِنْ هَٰذِهِ ٱلْقَرْيَةِ ٱلظَّالِمِ أَهْلُهَا وَٱجْعَل لَّنَا مِن لَّدُنكَ وَلِيًّا وَٱجْعَل لَّنَا مِن لَّدُنكَ نَصِيرًا﴾ [النساء:75]
(އަދި، اللَّه ގެ މަގުގައްޔާއި، އަދި ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދިންގެ ތެރެއިން، ނިކަމެތި ވެގެންވާ މީހުން ސަލާމަތްކުރުމުގެ މަގުގައި، ތިޔަބައިމީހުން ހަނގުރާމަ ނުކުރާންވީ ކީއްވެގެން ހެއްޔެވެ؟ އެއުރެންނަކީ، (މިފަދައިން) دعاء ކުރާ މީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އެރަށުގެ أهل ވެރިން އަނިޔާވެރިވެގެންވާ މި ރަށުން އަޅަމެން ނެރުއްވައިފާނދޭވެ! އަދި، އިބަރަސްކަލާނގެ حضرة ން ވާގިވެރިޔަކު އަޅަމެންނަށް ލައްވައިފާނދޭވެ! އަދި، އިބަރަސްކަލާނގެ حضرة ން نصر ވެރިޔަކު އަޅަމެންނަށް ލައްވައިފާނދޭވެ!)
އަދި ނަބިއްޔު ﷺ ޙަދީޘް ކުރެއްވި އެވެ: جاهدوا المشركين بأموالكم وأنفسكم وألسنتكم (ތިޔަބައިމީހުންގެ މުދަލުންނާއި ޖާނުންނާއި ދޫތަކުން، މުޝްރިކުންނާއި ދެކޮޅަށް ޖިހާދުކުރާށެވެ.) ރިވާކުރެއްވީ އަބޫ ދާވޫދު، ޙައްމާދު ބުނު ސަލަމާ ގެ މަގުން ޙުމައިދުއް ޠަވީލު އަރިހުން އަނަސް ފަރާތުންނެވެ. އަދި އޭގެ ސަނަދު ޞައްޙަ އެވެ.
އަދި މުސްލިމު ބިންތަކާއި އެވެރިންގެ ޙުރުމަތްތަކަށް އަރައިގަންނަ ޢުދުވާނީ ކާފަރުންނާއި ހަނގުރާމަ ކުރުމުގެ ވާޖިބު ކަމުގެ މައްޗަށް ޢިލްމުވެރިން ވަނީ އިއްތިފާޤު ވެލައްވާފައެވެ. އަދި އެބިމެއްގެ އަހުލުން ތެދުވެ (އެބިމަށް އަރައިގަންނަ ކާފަރުންގެ) ނުބަޔާއި މަޅިން ދިފާޢުވެވިއްޖެނަމަ، އެބިމުގެ އަހުލުން ނޫން އެހެން މީހުންގެ (އެބަހީ: މިސްލިމުންގެ) ފުށުން މި ފަރުޟު ކެނޑިގެން ދެއެވެ. އަދި އެކާފަރު ޢަދުއްވު ފުށުން ދިފާޢުވުމަށް އަދި މުސްލިމުންގެ ބިމުން އެވެރިން ފައްސާލުމަށް ނާކާމިޔާބު ވެއްޖެނަމަ، އެހިނދުގައި އެބިންތަކާއި ގާތަށް ތިބި އިސްލާމީ ބިންތަކުގައި ތިބި މުސްލިމުންގެ މައްޗަށް އެވެރިންގެ އަޚުންނަށް ނަޞްރުވެރިވުން އަދި ކާފަރުންގެ ޢުދުވާނަށް ހުރަސްއެޅުން ވާޖިބުވެގެންވެއެވެ. އަދި ﷲ تعالى ވަނީ ވަޙީ ކުރައްވާފައެވެ: ﴿وَٱلْمُؤْمِنُونَ وَٱلْمُؤْمِنَٰتُ بَعْضُهُمْ أَوْلِيَآءُ بَعْضٍۚ﴾ [التوبة:71]
(مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިން ކަމުގައިވާ މީހުންނެވެ.)
އަދި ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ: «الْمُسْلِمُ أَخُو الْمُسْلِمِ لاَ يَظْلِمُهُ وَلاَ يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ وَمَنْ فَرَّجَ عَنْ مُسْلِمٍ كُرْبَةً فَرَّجَ اللَّهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ» ”އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ. އޭނާ އޭނާގެ އަޚާއަށް އަނިޔާވެރިއެއްވެސް ނުވާނެއެވެ. ދެރަނިކަމެއްޗެއްވެސް ނުކޮށްލާނެއެވެ. އަދި (ޢަދުއްވަކަށް) ހަވާލެއްވެސް ނުކުރާނެތެވެ. އެމީހެއްގެ އަޚާގެ ބޭނުންތައް ފުއްދައިދޭ މީހާ، ދަންނައެ، ﷲ އެމީހެއްގެ ބޭނުން ފުއްދަވައި ދެއްވުމުގައި ވޮޑިގެންވެއެވެ. އަދި ކަންބޮޑުވުމަކުން މުސްލިމަކު މިންޖު ކޮށްދީފި މީހަކަށް، ޤިޔާމަތް ދުވަހުގެ ކަންބޮޑުވުންތަކުގެ ތެރެއިންކަމެއް ﷲ މިންޖުކޮށް ދެއްވާނެއެވެ.“
=
އިސްލާމް ދީން އަލުން ޢިޔާދަވެ އޭގެ އަހުލުން ގަދަފަދަވުމުގެ ހެޔޮ ޚަބަރުތައް ގިނަގުނައެވެ. އަދި ހާޒިރުގައި މިތިބަ މީހުން އޭގެ މާޒީގެ (ޢިއްޒަތާއި) ބައްދަލު ކުރާނޭ ކަމުގެ ހެޔޮ ޚަބަރުތައް ވެސް މެއެވެ. އަދި މިއީ އެއާއިމެދު ސުވާލެއްނެތި ވާންއޮތްކަމެވެ. އެއީ ޢިއްޒްތެރީން ޢިއްޒަތްކުރެވި ނިކެމެތިން ނިކަމެތި ކުރެވޭ ޙާލުގައެވެ.
މިއަދު ފެންނަމުންދާ ބޮޑު ވޭނާއި އެކުވެސް މުސްލިމުންގެ ތެރެއިން ބައިގަނޑެއްގެ ހިތަށް ނާއުއްމީދެއްވެސް އަދި ބަލިކަށިކަމެއްވެސް އައިސްފައިނުވެއެވެ. އަދި ޖާހިލިއްޔަ މީޑިއާތަކުގެ މަންމަނުކަމަށް އެވެރިންނަށް ފަރުވާލެއް ނެތެވެ. އޮޅުވާލުމުގެ ނުފޫޒާއި އަނދިރިކަން ކިތަންމެ ބަނަވިއެއްކަމަކުއެވެ. ފަސާދަތައް ފެތުރި އަބުރުތައް ނަގައިލެވުނަސް އެވެ. އެހެންކަމުން (ދަންނައެ) އިސްލާމްކަން ދެމިއޮންނާނެތެވެ. އަދި އޭގެ ބިންގަނޑު ފުޅާވާނެތެވެ. އަދި ރޭގަނޑާއި ދުވާލު އެތަނަކަށްފޯރައިފި ކޮންމެ ތަނަކަށް ފޯރާނެތެވެ. ޢިލްމިވެރިންގެ ތެދުވެރިކަމުންނެވެ. ދާޢީންގެ ބުރަ މަސައްކަތުންނެވެ. އަދި ޝަހީދުންގެ ލެއިންނެވެ. އެހެންކަމުން ދެކޮޅުވެރިންނާއި އެކު ނާއުއްމީދާއި އަތްވީއްލުމާއި އިށީނދެ ތިބޭކަށް ޖާގައެއް ނެތެވެ.
އިސްލާމްދީން ގާއިމުވުންވަނީ މަސައްކަތުންނެވެ. ސަމާސާއަކުން ނޫނެވެ.
ޢަމަލުންނެވެ. ލެނގިގެނެއް ނޫނެވެ.
ތެދުވެރި ހިތްތަކަކުންނެވެ. ޚާއިނު ނަފްސުތަކަކުންނެއް ނޫނެވެ.
ﷲ تعالى ވަޙީ ކުރެއްވި އެވެ: ﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ مَا لَكُمْ إِذَا قِيلَ لَكُمُ ٱنفِرُوا۟ فِى سَبِيلِ ٱللَّهِ ٱثَّاقَلْتُمْ إِلَى ٱلْأَرْضِۚ أَرَضِيتُم بِٱلْحَيَوٰةِ ٱلدُّنْيَا مِنَ ٱلْءَاخِرَةِۚ فَمَا مَتَٰعُ ٱلْحَيَوٰةِ ٱلدُّنْيَا فِى ٱلْءَاخِرَةِ إِلَّا قَلِيلٌ إِلَّا تَنفِرُوا۟ يُعَذِّبْكُمْ عَذَابًا أَلِيمًا وَيَسْتَبْدِلْ قَوْمًا غَيْرَكُمْ وَلَا تَضُرُّوهُ شَيْـًٔاۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌޝ﴾ [التوبة:38-39]
(އޭ އީމާންވެއްޖެ މީސްތަކުންނޭވެ! اللَّه ގެ މަގުގައި ހަނގުރާމަ ކުރުމަށް ނުކުންނާށޭ ތިޔަބައިމީހުންނަށް އެންގެވިހިނދު، ތިޔަބައިމީހުން ބިމަށް ބަރުހެލިވެގަތީ ކީއްވެގެންހެއްޔެވެ؟ އާޚިރަތަށްވުރެ ދުނިޔޭގެ ދިރިހުރުމަށް ތިޔަބައިމީހުން ރުހުނީހެއްޔެވެ؟ ދުނިޔޭގެ އުފަލާއި، އަރާމަކީ އާޚިރަތާއި އަޅައިބަލާއިރު، މަދުއެތިކޮޅެއް ކަމުގައި ނޫނީ ނުވެތެވެ. * ތިޔަބައިމީހުން (ހަނގުރާމައަށް) ނުނިކުންނަނަމަ، ވޭންދެނިވި ޢަޒާބަކުން އެކަލާނގެ ތިޔަބައިމީހުންނަށް ޢަޒާބު ދެއްވާނެތެވެ. އަދި ތިޔަބައިމީހުންގެ ބަދަލުގައި، އެހެންބަޔަކު ގެންނަވައިފާނެތެވެ. އަދި ތިޔަބައިމީހުންނަކަށް، އެއްވެސް ކަމަކުން އެކަލާނގެއަށް ގެއްލުމެއް ނުދެވޭނެތެވެ. اللَّه އީ ކޮންމެކަމެއްގެމައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.)
— شَيْخ سُلَيْمَان الْعَلْوَان
(މުޅިފޮތް)
~ ގަލަންދާން
Magey Ummatheve!
أمَّتــــــي
هَل دَرَيتي بِأنَّنـــــا
نَرجوا الوُصولَ لِعِزِّكِ
بَعدَ المُهَيمِنِ مَن لَنا
ياحَبيبَةُ غَيرُكي
މަގޭ އުއްމަތެވެ...
ތިބާއަށް އެނގޭހެއްޔެވެ؟
ތިބާގެ އިއްޒަތަށް ވާޞިލުވުމަށް އަހަރެމެން އެދެމުއެވެ.
އަލްމުހައިމިން (ﷲ) އަށް ފަހު އަހަރެމެންނަށް ދެންވަނީ
އޭލޯތްބާއެވެ.. ތިބާ ފިޔަވައި ކާކުހެއްޔެވެ؟
إبنُكـــــي
مَن يَحوطُ حِياضَك
مَن يَموتُ لِأجلِكِ
مَن يَطيرُ لِمَوتِهِ كُلَّ خِبٍّ مُشرِك
އިނބަގެ ދަރިއެވެ.
އިނބަގެ ގޮބޮޅިއަށް ފާރަވެރި ފަރާތެވެ.
އިނބައަށްޓަކައި މަރުވާފަރާތެވެ.
އެއީ އެމީހެއްގެ މަރުން
ކޮންމެ ނަޖިސް މުޝްރިކެއް ބުރުވާލާ މީހާއެވެ.
شَوقُـــــهُ
كَالحَميمِ المُختَزَل
لِلجِهادِ وَلَم يَزَل
باحِثاً عَن سُؤلِه
كَي يُضَمِّدَ جُرحَكِ
އޭނާގެ ޝައުޤެވެ...
ކެކިއުތުރިއަރާ ހޫނުފެންއެއްޗެއް ފަދައެވެ.
އެއީ ޖިހާދަށްޓަކައެވެ. އަދި އެކެނޑި ނުދެއެވެ.
އޭނާގެ އުއްމީދު ހޯދުމުގައެވެ.
އިނބަގެ ޒަޚަމްތަކަށް ފަރުވާދިނުމުގައެވެ.
أمتي
ِهاهُمو أبناؤك
ِملئ سُجونِ عِداتِكِ
قَد تَضاءَلَ عِندَهُم
ِبَطشُ العَدًوًّ لِما بِك
މަގޭ އުއްމަތެވެ...
މިތިބީ ތިބާގެ ދަރީންނެވެ...
ތިބާގެ ޢަދުއްވުންގެ ޖަލުތަކާއި އެއްމިންވަރަކަށެވެ.
އެ އެވެރިންގެ މައްޗަށް ފާވެފައިވެއެވެ.
ތިބާގެ މައްޗަށް ޢަދުއްވުން އުއްމީދު ކުރަމުންދިޔަ ކަންތަކެވެ.
هُجِّروا
من ثَري أوطانِهم
طورِدوا بِشَبابِهم
مُزِّقَت أجسادهم
كُلُّ ذا مِن أجلِكِ
އެދަރިންތައް ފައްސާލެވިއްޖެއެވެ.
އެވެރިންގެ ބިމާއި ވަތަންތަކުންނެވެ.
އެވެރިންނާއި އެވެރިންގެ ޒުވާންކަން ފޮޅާލެވިއްޖެއެވެ.
އެވެރިންގެ ޖިސުމުތައް ކުދިކުދި ކުރެވިއްޖެއެވެ.
މިއެންމެ ކަމެއް، ފަހެތިބާއަށްޓަކައެވެ.
إن صَغَت
في الدجي أسماعهم
ًهيعة أو فَزعَة
قدوا سُروجَ جِيادهم
وَارتَموا كَنَيازِك
އެދަރިން ނިކަމެތިކިރެވިއްޖެތަ
އެއީ އެވެރިންގެ އަޑުތައް ހަނުކޮށްލައި
(ޢަދުއްވުން) ބިރުގަންނުވާލައި ކުއްލިޔަކަށް
އެވެރިންގެ އަސްތަކުގެ ލަގަންތަކުގައި ހިފައެވެ.
އަދި ތިބާގެ ކަންޒުތައް ގިނަކޮށްދެއެވެ.
كُلُّ مــــا
تَرتَجيهِ الأسدُ أن
تُنصَري ياغالِيَة
إن حَفظتِ قَدرَهم
تُرجِعي أمجادك
މިއެންމެކަމެއްގައި
މިސިންގާތަކުގެ އުއްމީދަކީ ފަހެ
ތިބާއަށް ނަޞްރުދިނުން... އޭ އަގުމާތް އުއްމަތެވެ.
ތިބާ އެވެރިންގެ ޤަދަރުވެރިކަމަށް ރުހިއްޖެތަ
ތިބާގެ ރަންދައުރު އިޔާދަވެއްޖެއެވެ.
~ ގަލަންދާނު
💬މިއީ (ޕްރިންޓު ކޮށްލައިގެންވިޔަސް) ނަމާދުގައި ކިޔާލެވޭނޭ ފަލަސްތީނާއި އޭގެ މުޖާހިދުންނަށް ޚާއްޞަ އަދި އުއްމަތަށް ޢާންމު ޤުނޫތު ނާޒިލާއެއް
Читать полностью…هزتني
نسمات الليالي
فترآء ببالي
طيف آلآم مرير
އަހަރެން ގުޑުވާލިއެވެ.
ދަންވަރުގެ ވައިރޯޅިތަކާއެވެ.
ލޯމައްޗަށް އެވެރިވިއެވެ.
ހިތި ތަދުތަކުގެ ހިޔަންޏެކެވެ.
أبكتني
صرخات الأيامى
وأنين تنامى
حول قيد وأسير
އަހަރެން ރޮއްވައިފިއެވެ.
ހުވަފަތް އަނބީންގެ ހިތާމަތެކެވެ.
އުތުރިއަރަމުންދާ ރުއިންތަކެވެ.
ހައްޔަރުވެ އަސީރުވި (ޤުދުސް) ލާވަށައެވެ.
تكويني
شهقات الثكالى
طعنات توالى
دمعة الطفل الغرير
އަހަރެން ފުނޑުކޮށްލައެވެ.
ދަރީން ގެއްލުނު މައިންބަފައިންގެ ގިސްލުމެވެ.
ފުލުފުލުން އަންނަ ޒަޚަމްތަކެވެ.
ލޯބި ކުޑަކުދިންގެ ކަރުނަތަކެވެ.
مُديني ِ يا شراع الزمان
لربوع الاماني
لمدى زاه منير
އަހަންނަށް އެހީވެދޭށެވެ. އޭފަހެ ވަޤުތުގެ ރިޔަލާއެވެ.
އުއްމީދުގެ ބިންތަކަށެވެ.
އުފަލުގެ އަލި ހިނދުކޮޅަކަށެވެ.
*
يا قدسي
يا نفائح نفسي
فيك ليلي وهمسي
ودعاء المستجير
އޭ ޤުދުސެވެ.
އޭ މިނަފުސުގެ ނޭވާތަކެވެ.
އަހަރެންގެ ރޭތައް ކެކުޅެނީ ތިބާއަށެވެ.
ދުޢާ ތަކާއި ރައްކައުތެރިކަމަށް އެދެމުއެވެ.
من يدري
يا صبابة صدري
أرض ميلاد فجرى
يعقب الليل المغير
ކާކަށްބަ އެނގެނީ؟
މިމޭގަނޑުގެ ތެރޭ މިހިރަ އެނދުންތަކެވެ.
އަހަރެންގެ ފަޖުރުލީ ބިމާއެވެ.
ޢުދުވާން ވެވުނު އެރެއަށް ފަހުގައެވެ.
*
عيناها
نزفها مشتكاها
حزنها وبكاها
مسجداها والمسير
އެކަމަނާގެ ލޮލެވެ. (އެބަހީ މާތް ޤުދުސް)
އޭގެ އޮހޮރުންތަކާއި ޝަކުވާތަކެވެ.
ހިތާމަތަކާއި ރުއިންތަކެވެ.
އެކަމަނާގެ މިސްކިތާއި މަގުތަކެވެ.
سألاها
عن بقايا رؤاها
حين يرنو مناها
فأجابت بالقدير
އެދެވެރިން ސުވާލުކުރިއެވެ.
ދެމިހުރި އެކަމަނާގެ އުއްމީދުތަކަށެވެ.
ކުރިމަގުވަނީ ކޮންތާކަށްތޯއެވެ.
ޖަވާބުދިނެވެ: ޤަދަރުގެވެރި އިލާހުފުށުގައޭ އެވެ.
***
من قلبي
يا حبيبة قلبي
بتُ أدعو لربي
أن يواسي ويجير
މި ހިތުއާޑިން ނެވެ.
މަގޭ ހިތުގެ ލޯތްބާއެވެ.
އަހަރެންގެ ރައްބަށް ދުޢާގައެވެ.
ތަސައްލީ އަކާއި އެހީތެރިކަމަކަށެވެ.
من روحي
يا رفيقة روحي
جئت كي لا تنوحي
أنتِ من روحي الكثير
މި ރޫހުން ނެވެ.
އޭ މިރޫހުގެ އެކުވެރިޔާއެވެ.
މިއައީ ތިބާގެ ހިތާމަ ހުއްޓޭތޯއެވެ.
ކަމަނާތީ، މިރޫހުގެ އެތައް ބައެކެވެ.
🔻
މަދަހަ: هزتني (އަހަރެން ގުޑުވާލިއެވެ.)
ޢަރަބި އަދި ދިވެހި ސަބްޓައިޓުލްސް އާއި އެކު.
https://hazatni.netlify.app/
~ ގަލަންދާނު
②
What is abandoning hijrah in consideration compared to performing kufr?! Despite the fact that abandoning hijrah isn’t considered except a sin and one of the kabā’ir (major sins). So if Iḍtirār (i.e. necessity) wasn’t an excuse in abandoning hijrah, then it’s more deserving and a stronger reason to NOT be an excuse in committing Kufr.
It has been authentically proven via the narration of Abī Sāliḥ on the authority of Ibn ‘Abbās (رضي الله عنهما) that he said:
“When Allāh commanded His Prophet (صلى الله عليه وسلم) to make hijrah towards Madīnah, some of them were attached to their families and children, they would say; We beg you for the sake of Allāh to not lose us, so he would feel compassionate for them, and leave Hijrah, so Allāh revealed:
Say, [O Muhammad], "If your fathers, your sons, your brothers, your wives, your relatives, wealth which you have obtained, commerce wherein you fear decline, and dwellings with which you are pleased are more beloved to you than Allah and His Messenger and jihad in His cause, then wait until Allah executes His command. And Allah does not guide the defiantly disobedient people.” [9:24].
So this clarifies the invalidity and falsehood of making qiyās of Iḍtirār (necessity) upon Ikrāh (compulsion) in permitting Kufr, due to the clear difference between two and the clear contradiction of that qiyās (analogy), in accordance with Allāh’s statement:
“Whoever disbelieves in Allah after his belief, except for one who is akrah [forced, to renounce his religion] while his heart is secure in faith.” [16:106].
And other textual evidences, and every qiyās which opposes the textual evidences, then it’s an invalid viewpoint and not taken into consideration.❞
— From his book: At-Tibyāni Limā Waqa'a Fī "Al-Ḍawābiṭi" Mansūban Li-Ahli-Sunnati bilā Burhāni" (p. 72-74
With forward by Al-'Allāmā Ḥamūd bin 'Alā’ Al-Sh'aybī and Shaykh 'Alī Al-Khuḍayr
-----------------
[1] Refer to Ad-Durar as-Saniyyah (10/509-511)
[2] Refer to Hidāyat Aṭ-Ṭarīq, page 151
②
އަދި އިބްނު ބާޒު އާއި ސުވާލުވެވުނެވެ: 'މައްޔިތާއަށް ދުޢާ ކުރުމުގައި ޤަބުރާއި ދިމާލަށް ހުރުން ނަހީވެގެން ވޭހެއްޔެވެ؟'
ވިދާޅުވިއެވެ: ”އެކަމުގައި ނަހީއެއް ނުވެއެވެ. އަދިކިއެއްހެއްޔެވެ؟ ޤިބުލައަށް ކުރިމަތިވެހުރެ ނޫނީ ޤަބުރަށް ކުރިމަތިވެހުރެ ވިޔަސް މައްޔިތާއަށްޓަކައި ދުޢާކުރަންވީއެވެ. އެހެނީ ނަބިއްޔު ﷺ (މައްޔިތާ) ވަޅުލެއްވުމަށްފަހު، ޤަބުރު ދޮށުގައި ކޮޅަށް ހުންނަވައި ޙަދީޘް ކުރައްވާފައިވެއެވެ: (استغفروا لأخيكم واسألوا له التثبيت ، فإنه الآن يُسأل) ”ތިޔަބައިމީހުންގެ އަޚާގެ ފާފަ ފުއްސަވާ ދެއްވުމަށާއި ޘާބިތުކަން ދެއްވުމަށް ދުޢާކޮށްދޭށެވެ. މިހާރު އޭނާ އާއި ސުވާލު ކުރެވޭނެއެވެ.“
އަދި މީގައި ޤިބުލައަށް ކުރިމަތިލާށޭ ޙަދީޘް ނުކުރައްވައެވެ. ވީމާ ހުރިހާގޮތެއްވެސް ޖާއިޒެވެ. ޤިބުލަޔަށް ކުރިމަތިލައި ނޫނީ ޤަބުރަށް ކުރިމަތިލައި ހުރެ ވިޔަސް އެވެެ. އަދި އަޞްޙާބު ބޭކަލުން މައްޔިތަށް ދުޢާ ކުރެއްވީ، އެބޭކަލުން އޭގެ ވަށައިގެން އެއްވެ ތިބޭ ޙާލުގައެވެ.“ — اهـ.
އަދި އަލްޙަކަމް ބުނި ޙާރިޘް އައްސުލަމީ އާއި އިބްނު މަސްޢޫދު އަރިހުން، މައްޔިތާގެ ޤަބުރުދޮށުގައި ޤިބުލަޔަށް ކުރިމަތިލައްވައި ދުޢާ ކުރެއްވިކަމަށް ވާރިދުވެފައިވާ ރިވާޔަތްތައް ޟަޢީފެވެ.
~ ގަލަންދާނު
🔻 ކަމަކަށް އެދޭނަމަ، ﷲ ޙަޟުރަތުން ތިބާ އެދޭށެވެ.
[إذا سألت فاسأل الله]
❞ ފުރިހަމަ (جيد) ސަނަދަކުން އައްތިރުމިޛީ ރިވާކުރެއްވި ޤައިސު ބުނުލް ޙައްޖާޖު ގެ ޙަދީޘްތަކުން، ޙަނަޝިއް ޞަންޢާނީ އަރިހުން، އިބްނު ޢައްބާސް އަރިހުން ރިވާކުރެއްވި އެވެ: (އިބްނު ޢައްބާސް) ވިދާޅުވިއެވެ:
”އެއް ދުވަހަކު ނަބިއްޔާ ﷺ ގެ ފަހަތްޕުޅުގައި ތިމަންކަލޭގެފާނު ވަނިކޮށް، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ:
«يَا غُلاَمُ إِنِّي أُعَلِّمُكَ كَلِمَاتٍ احْفَظِ اللَّهَ يَحْفَظْكَ احْفَظِ اللَّهَ تَجِدْهُ تُجَاهَكَ إِذَا سَأَلْتَ فَاسْأَلِ اللَّهَ وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ وَاعْلَمْ أَنَّ الأُمَّةَ لَوِ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ لَمْ يَنْفَعُوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ لَكَ وَلَوِ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْكَ رُفِعَتِ الأَقْلاَمُ وَجَفَّتِ الصُّحُفُ»
“އޭ ކޮއިފުޅާއެވެ! ތިމަންކަލޭގެފާނު ތިބާއަށް ކަލިމަތަކެއް އުނގަންނަވައި ދެއްވާނަމެވެ:
• ﷲ އަށް ތިބާ ރައްކާތެރިވާށެވެ. (އެބަހީ: އެއިލާހުގެ އަމުރުފުޅުތަކަށް ރައްކާތެރިވާށޭ އެވެ.) އޭރުން އެއިލާހު ތިބާ ރައްކާތެރި ކުރައްވާނެއެވެ.
• ﷲ އަށް ތިބާ ރައްކާތެރިވާށެވެ. އޭރުން ތިބާގެ ކުރިމަތީގައި އެއިލާހު ވޮޑިގެންވާނެއެވެ.
• ތިބާ ކަމަކަށް އެދޭނަމަ، ﷲ ގެ ޙަޟްރަތުން އެދި ދަންނަވާށެވެ. އަދި ވާތްގަށް އެދޭނަމަވެސް، ﷲ ގެ ޙަޟްރަތުން ވާތްގަށް އެދޭށެވެ.
• އަދި ދަންނާށެވެ. ހަމަކަށަވަރުން، މުޅި އުންމަތް އެކަތިގަނޑަކަށްވެ، ތިބާއަށް މަންފާއެއް ޙާޞިލުކޮށްދޭން އުޅުނަސް، އެވެރިންނަކަށް ތިބާއަށް މަނާއެއް ނުކޮށްދެވޭނެއެވެ. އެހެނަސް، ﷲ ތިބާއަށްޓަކައި ލިޔުއްވައިފައިވާ އެއްޗަކުން މެނުވީއެވެ.
• އަދި އެބައިމީހުން އެކަތިގަނޑަކަށްވެ، ތިބާއަށް ގެއްލުމެއް ދިނުމަށް އުޅުނަސް، އެވެރިންނަކަށް ތިބާއަށް ގެއްލުމެއް ނުދެވޭނެއެވެ. އެހެނަސް، ﷲ ތިބާގެ މައްޗަށް ލިޔުއްވައިފައިވާ އެއްޗަކުން މެނުވީއެވެ.
ގަލަންތައް އުފުލިއްޖެއެވެ. އަދި (ލިޔެވުނު) ފަތްތައް ހިކިއްޖެއެވެ. (އެބަހީ: އެންމެހާ ކަމެއްވަނީ ލިޔެވި ނިމިފައެވެ. އަދި އެއިލާހުގެ ނިޔާފުޅާއެކު އެކަންކަން ހިނގާނެއެވެ.)“
އައްތިރުމިޛީ ވިދާޅުވިއެވެ: ”ޙަސަން ޞަޙީޙް“ އެވެ.
ފަހެ އިތުރުއެކަލޭގެފާނުން ގެ ބަސްފުޅު: «إِذَا سَأَلْتَ فَاسْأَلِ اللَّهَ» (ތިބާ ކަމަކަށް އެދޭނަމަ، ﷲ ގެ ޙަޟްރަތުން އެދި ދަންނަވާށޭ) އެބަހީ: ފަހެ ﷲ ޙަޟުރަތުން އެކަނި އެދި ދަންނަވާށޭ އެވެ.
އަދި މަޚްލޫގެއް ފުށުން އެއްވެސް ފަރާތަކަށް ކޮންމެހެންވެސް ކަމަކު އެދޭން ޖެހޭހިނދު، ފަހެ އެކަމުގައި ގެންގުޅެން ޖެހޭ އަދަބު ތަކެއް އެބަވެއެވެ:
ފުރަތަމައީ: ﷲ تعالى ޙަޟުރަތުން އެދި ދެންނެވުން، މީސްތަކުންގެ ފުށުން އެދުމުގެ ކުރީން އަދި އެދުމުގެ ތެރޭގައިވެސް އިސްކުރުމެވެ.
ދެވަނައީ: އެ އެދެވޭ ކަމަކީ އެކަން އެދެވޭ މަޚުލޫޤަށް ކުރުން ޤާބިލު ކަމަކަށް ވުމެވެ.
ތިންވަނައީ: އޭނާގެ ހިތުތެރެއިން ﷲ تعالی އަށް ބަރޯސާކުރުމެވެ.
ހަތަރުވަނައީ: އޭނާގެ އެބޭނުން ފުއްދެވިއްޖެ ނަމަ، އޭނާގެ ހިތާއި ދުލުން އެކަމުގެ ފަޟުލުވަންތަކަށް ﷲ އަށް ނިސްބަތްކުރުމެވެ. އެއީ މިޘާލަކަށް މިހެން ބުނެއެވެ: ﷲ އަހަރެންނަށް ދެއްވީ... ﷲ އަހަރެންނަށް ރިޒްޤު ކުރެއްވީ .. މިފަދަ ގޮތަކަށެވެ.
ފަސްވަނައީ: އޭނާގެ ޙާޖަތު ފުއްދައި ނުދެވިއްޖެ ނަމަ، ފަހެ އެކަމުގައި މީސްތަކުން ކުށްވެރި ނުކުރުން.
އިބްނު މަސްޢޫދު ވިދާޅުވިއެވެ: ”[ﷲ ގެ މައްޗަށްވާ] ޔަޤީން، [މިބަހުގެ މާނަ] އަކީ: ﷲ ގެ ނުރުއްސެވުމުގައި މީސްތަކުން ހިތްހަމަ ޖައްސައި ނުދިނުމެވެ. އަދި ﷲ ގެ ރިޒްޤެއް މައްޗަށް އެއްވެސް އެހެން ފަރުދަކަށް ޙަމްދު ނުކުރުމެވެ. އަދި ﷲ ތިބާ އަށް ނުދެއްވައިފި އެއްޗަކަށް އެހެން އެއްވެސް ފަރުދެއް ކުށްވެރި ނުކުރުމެވެ. އެހެނީ ހަމަކަށަވަރުން، ފާރަލުންތެރިޔާގެ ފާރަވެރިކަމުންނެއް ރިޒްޤެއް ލިއްބައިވެސް ނުދެއެވެ. އަދި ނުރުހުންތެރިޔާގެ ނުރުހުމެއްގެ ސަބަބުން އެޔެއް ނުލިބި ރައްދެއްވެސް ނުވެއެވެ.“ ❝
— އައްޝައިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (މަޞްދަރު)
~ ގަލަންދާނު
②
A man asked Bishr ibn al-Ḥārith about a married man whose mother told him to divorce his wife. He said, "If him being dutiful to his mother extends to everything and nothing remains but to divorce his wife, let him do it. If him being dutiful to her is in divorcing his wife, and then he goes to his mother and hits her, let him not do it."
Imām Aḥmad was asked about a man who bought greens (or bundled leaves) and stipulated (that buying the greens he is also acquiring) the date-palm fibre (rope), meaning that which is used to tie the bunch of greens, and Aḥmad said, "What are these questions [that you ask me]?" Someone said to him, "Ibrāhīm ibn Abī Nu'aym does that." Aḥmad said, "If it was Ibrāhīm ibn Abī Nu'aym, then how excellent this is; it resembles him!"
He only disapproved of these questions being asked by those whose states do not resemble his [Ibrāhīm ibn Abī Nu'aym]. As for those who are worthy of inquiring into the finer points of wara', their states resemble this. Imam Aḥmad himself used to employ this wara', because he told the one who bought fat for him, bringing it for him on a sheet of paper, to return the paper to the seller. Imām Aḥmad would not take ink from his companions' inkwells, but would take his own inkwell to take ink from. But when a man asked his permission to write from his inkwell, he said to him, "Write! For this wara' is misplaced." Another man asked his permission for that and he smiled and said, "My wara' and your wara' have not reached to this [degree]."' He said this by way of humility, and otherwise he himself employed this [level of] wara', but he disapproved of it in those who had not reached this station and who on the contrary would be lenient about matters which are clearly disapproved and undertake ambiguous matters without hesitation. ❞
— From, Jāmi'ul 'Ulūmi wal Ḥikam
~ Galandān
من أحب الكفار فإنه كافر ولو كان في محراب المسجد! لا يشترط أن يقف في صف الكفار! ومن أحب انتصار دين الكفار على المسلمين فإنه مرتدٌ عن دين الله ولو كان راكعًا ساجدًا في المسجد
❝ Whoever loves the kuffār, is a kāfir — even if he is in the mihrab of the mosque! It is not necessary for him to [literally] stand in the ranks of the kuffār (for this ruling to occur). And whoever loves the religion of the kuffār to triumph over the Muslims, he is an apostate from the religion of Allah, even if he is bowing and prostrating in the mosque. ❞
— Shaykh Sulaymān Al-'Alwān
~Galandān
https://twitter.com/Alalwandrr/status/1719396480312574013
💬#حديث_ضعيف
The Ḥadīth scholar 'Abdur-Raḥmān Al-Mu'allimī Al-Yamānī, who did the commentary of the book, added:
“It was narrated in two ways, in one of it is Sa'īd bin Ḥafs Al-Nufaylī, he deteriorated (in memory) towards the end if his life, and in the wording he brought, in it's end 'Asqalān was mentioned, people other than him had narrated from Umar his words without mentioning 'Asqalān. Refer to Al-Mustadrak 4/473. And in the 2nd chain, Yaḥya bin Sulaymān Abū Sulaymān is mentioned who is not found (unknown) and what Al-Haythamī considers is that he is Yaḥya bin Abī Sulaymān Abū Sāliḥ, who's ḥadith are rejected (munkar) and other than this, in this chain includes ibn Isḥāq who doesn't clarify him (directly) hearing (from whom he narrated, in which case he is weak). Then it was noted in Al-LaĀlī (of Al-Suyūṭī which collected fabricated narrations) that ibn 'Asākir reported from Abī Umāmah and in it's chain is a group of men I do not know and a person unnamed, after which (it continues as) from Abī Ṭaybah Al-Jurjānī (directly) from Abī Umamah (the saḥābī). And this Abī Ṭaybah Al-Jurjānī is not given consideration (in ḥadith narrations) and also had not met Abā Umāmah (directly).” — End quote from Al-Mu'allimī.
I say: Al-Haythamī and likewise Al-Albānī based the first chain as trustworthy and good, respectively, based on the apparent chain, without considering the indirect deficiency, which is Sa'īd bin Ḥafs Al-Nufaylī's deterioration at old age and also the fact that more stronger paths reported it without the additional wording of 'Asqalān.
Due to this, Shaykh Al-Muḥaddith Khālid Al-Ḥayek declared this narration, as Munkar.
And IslamQa in its fatwā 199310 clarified this hidden defect, declaring the narration weak:
“Ahmad bin Al-Naḍr (who narrated this from Al-Nufaylī) is trustworthy, he died in the year 290 h. as stated in "Tārīkh Baghdād" (6/413) . And as mentioned before, Al-Nufaylī died in the year 237 h. Hence between the two deaths is 53 years. It is likely that ibn Al-Naḍr heard this narration from Sa'īd bin Ḥafs Al-Nufaylī, after the latters deterioration. — (then after quoting more stronger narration which doesn't mention 'Asqalān, the fatwā stated)— “hence the mention of 'Asqalān in the ḥadīth discussed, is not preserved. Several aḥādith does mention (other) virtues of 'Asqalān, all of which are also inauthentic. Refer to "Al-Fawāid Al-Majmū'ah" (p 429-432) with comments from Al-Shaykh Al-Yamānī” — End Quote from Islamqa.
Summary: The ḥadīth is munkar and not authentic.
~ Galandān
🗣
صمتا أصيخي واسمعي يا أمتي
ހަނުތިބޭށެވެ. އަދި ކަންފަތްދީ އަހަރެންނަށް އަޑުއަހާށޭ މަގޭ އުއްމަތެވެ.
ما عدت أصبر أن يموت بياني
މިވާހަކަތައް މަރާލެވުމަކަށް ދެނެއް އަހަރެންނަށް ކެތެއްނުވާނެއެވެ.
شعري يراودني لأقذف جمرة
ެއަހަރެންގެ ޅެން އެއިން އަނގުރުގަނޑެއް އުކާން އެދެއެެވެ.
مما حوى صدري من النيران
އަހަރެންގެ މޭތެރޭ ހަރުލާފައިހުރި އަލިފާނުންނެވެ.
ما عاد يحويني سكوتي والبكا
އަހަރެންގެ ހަނުހުރުމާއި ކަރުނައެއް ދެނެއް ނުއޮބިއެޅޭނެއެވެ.
أنا لست مجبولا على الخذلان
އަހަރެން ޠަބީޢަތް ކުރެވިފައިވީ ނިކަމެތިވުމަކަށް ނޫނެވެ.
أنا في يميني الشمس تشرق عزة
އަހަރެންގެ ކަނާތުގައި ޢިއްޒަތާއިއެކު އިރުއަރައެވެ.
وأنا الثريا همة وتفاني
އަހަރެންނީ ހިންމަތާއި މިންނަތުގައި ޘުރައްޔާގެ އުސްތަރިތައްފަދައެވެ.
أنا مسلم والمجد يقطر كالندى
އަހަރެންނީ މުސްލިމެކެވެ. އޮއިބާރު ފެން ފަދައިން ކާމިޔާބީ އޭގައި ދައުރުވެއެވެ.
والعز كل العز في إيماني
އަދި ޢިއްޒަތްތެރިކަމުގެ އެންމެހާ ޢިއްޒަތެއްވަނީ މަގޭ އީމާނުގައެވެ.
أنا للحياة رواؤها ودواؤها
މުސްލިމަކީ ދިރިހުރުމުގެ ފެންއާރެވެ. އަދި އޭގެ ޝިފާއެވެ.
وأنا الشهاب إذا بدى ستراني
އަދި ފަރުދާ އުފުލިދާހިނދު، ގިނިހިލައެކެވެ.
يا أمتي انتزعوا صباحك عنوة
އޭ އަހަރެންގެ އުއްމަތޭ ތިބާގެ އަމާން ފަތިސް ނިގުޅައިގަނެއްޖެއެވެ.
فمتى يعود الصبح للشطآن
އެދުވާލު އަނބުރައި މިގޮނޑުދޮށަށް ބީހޭނީ ކޮންއިރަކުބާއެވެ؟
يا أمتي آن الأوان لصحوة
އޭ އަހަރެންގެ އުއްމަތޭ، ނިދިން ހޭލުމުގެ ވަގުތު މިއޮށް އައީއެވެ.
فاستبشري بالفجر في بركاني
އަހަރެންގެ އަނގުރު ފަރުބަދައިން އަލިވިލޭ ފަތިހަށް ހެޔޮޚަބަރު ހުއްޓެވެ.
يا أمتي انتزعي لواء حضارة
އޭ އަހަރެންގެ އުއްމަތޭ، ޙަޟާރަތުގެ ދިދަޔަށް ވާދަޖަހާށެވެ.
فالكون في صخب بلا ربان
އެހެނީ ވެރިޔެއްނެތި ދުނިޔެއޮތީ ހަލޮބޮލީގައެވެ.
ما عاد يعرف للرشاد طريقة
ތެދުމަގު އޮތީ ގެއްލިފައެވެ.
أنت المؤمل .أنت لي عنواني
އުއްމީދަކީ ތިޔައީއެވެ. މަގޭ މިގޮވާލުން ވަނީ ތިބާއަށެވެ.
حارت عقول الناس بين مذاهب
މީސްތަކުން އެކިރައުޔުގައި ބުއްދި ޚަރާބުކޮށްފޫއެވެ.
لا تهتدي بالنور من قرآني
އެއުރެން ޤުރުއާނުގެ ނޫރަކުން ހިދާޔަތެއް ނުމެ ހޯދަތެވެ.
تجري وراء الغرب في لهث وهل
ހުޅަނގު ރުއްސުމުގައި ހާންތިވެ ސިހިސިހި ވެއެވެ.
سيحقق الغرب الغريق كياني
އިސާހިތަކު އެހުޅަގުން މަގޭ ލަގޮނޑިއަށް ވެރިވެދާނެއެވެ.
تجري وفي العينين ألف تساؤل
ލޯތައްމަތީ އެތައްހާސް ސުވާލުތަކެއް ވެރިވެއެވެ.
عز الجواب . فذاك ما أبكاني
ޖާވާބު ތިލައެވެ. ކަރުނައެޅެނީ އެހެންވެތާއެވެ.
عبثت بنا أيدي اليهود وحفنة
ޔަހޫދީންނާއި، އަހަރެމެންގެ މަދުއަތްތަކެއްގެ ކުޅިގަނޑެވެ.
ممن يبيع الدين للشيطان
ޝައިޠާނަށް ދީން ވިއްކާލި ޚާއިނުތަކެވެ.
في كل يوم تستباح مدينة
ކޮންމެދުވަހަކީ ތިބާގެ އަވަށެއްގެ ލޫޓުވާލެވުމެކެވެ.
أين الذين تهزهم أحزاني
ހިތާމައިން ގުނޑުންއަރާ މީހުންގެ ޢަމަލު ކޮބައިހެއްޔެވެ؟
أين الذين تشدقوا بعروبة
ޢަރަބިވަންތަކަމަށް ބޮޑާވިމީހުންވެސް ކޮބައިހެއްޔެވެ؟
وجنين تصفع وجه كل جبان
ކޮންމެ ފިނޑިއެއްގެ މޫނުގައި ޖިނީން (ޝަހަރަކީ) އެތިފަހަރެކެވެ.
أين الحقوق وقد أبيدت أمة
އުއްމަތެއް ޤަތުލުވާހިނދު ޙައްޤުތައް ފަހެ ކޮބައިހެވެ؟
وأنا الملام إذا صرخت: كفاني
ކުށްވެރި މިވީތާ ހަޅޭއްލަވާހިނދު އަހަރެން: ދެން ފުދިއްޖެޔޭ!
سل مدعي حفظ الحقوق لهرة
ޢަޅެ ބުޅަލެއްގެ ޙައްޤަށް ވަކާލާތު އެކުރާ މީހުންނާ ސުވާލުކޮށްބަލާށެވެ.
هل هرة أولى من الإنسان
ބުޅަލެއް، އިންސާނަކަށްވުރެ އަގުމާތްވަނީހެވެ؟
كل الحقوق مصانة في عرفهم
އެވެރިންގެ ޢުރުފުގައި ކޮންމެ ކަމެއްވެސް ޙައްޤަކެވެ.
إلا حقوقك أمة القرآن
އެހެނަސް ތިބާގެ ޙައްޤުފިޔަވައެވެ. އޭ ޤުރުއާނުގެ އުއްމަތާއެވެ.
أني وإن يكن البكاء نقيصة
ކަރުނައެޅުމަކީ އަހަރެންނަށް ޢައިބަކަށް ވިޔަކަސް..
أبكي لحالك سائر الأزمان
ޒަމާންތަކަށްވާ ތިބާގެ ޙަލާކުތަކަށް، ކަރުނައެޅީމެވެ.
وأظل أنسج بالقصيدة بيرقا
އަދި މިދިދަ އަހަރެންގެ ޅެންވެރިކަމު ހިޔަލުގައި ވިހުރުވަމެވެ.
حتى يرفرف إن بدت أكفاني
އެއީ އެއުފުލި އެފުދިއްޖެއުމާއި ހަމައަށެވެ.
~ ގަލަންދާނު
ރިވާކުރެއްވީ އަލްބުޚާރީ އާއި މުސްލިމް، އައްޒުހުރީ ގެ މަގުން، ސަޢްދު ބުނު ޢަބްދު ﷲ އެކަލޭގެފާނުގެ ބައްޕާފުޅު ގާތުން، ނަބިއްޔު ﷺ ގެ އަރިހުންނެވެ.
އަދި ދެޞަޙީޙު ގައި އަބޫ މޫސާ އަލްއަޝްޢަރީ އަރިހުން ނަބިއްޔު ﷺ ޙަދީޘް ކުރެއްވީތީ ރިވާވެގެންވެއެވެ: اَلْمُؤْمِنُ لِلْمُؤْمِنِ كَالْبُنْيَانِ يَشُدُّ بَعْضُهُ بَعْضًا
”އެއް މުއުމިނަކާއި އަނެއް މުއުމިނެއްގެ މިޘާލަކީ އެއްބައިން އަނެއްބަޔަށް ބާރުދޭ ޢިމާރާތެއްގެ ފަދައެވެ.“ އަދިވެސް ދެޞަޙީޙް ގައި، ޒަކަރިއްޔާ ގެ މަގުން އައްޝިޢްބީ ގެއަރިހުން އައްނުޢްމާން ބުނު ބަޝީރު އަރިހުން ނަބިއްޔު ﷺ ޙަދީޘްކުރެއްވި ކަމަށް ރިވާވެގެންވެއެވެ: مَثَلُ الْمُؤْمِنِينَ فِي تَوَادِّهِمْ، وَتَرَاحُمِهِمْ، وَتَعَاطُفِهِمْ مَثَلُ الْجَسَدِ [الواحد] إِذَا اشْتَكَى مِنْهُ عُضْوٌ تَدَاعَى لَهُ سَائِرُ الْجَسَدِ بِالسَّهَرِ وَالْحُمَّى [متفق عليه] ”އެކަކު އަނެކަކުދެކެ ލޯބިވުމުގައްޔާއި އެކަކު އަނެކަކަށް ރަޙުމުކުރުމުގައްޔާ އަދި އެކަކު އަނެކަކަށް އޯގާތެރިވުމުގައި މުއުމިނުންގެ މިޘާލަކީ އެއްހަށިގަނޑެއްގެ މިސާލެވެ. ހަށިގަނޑުން ގުނަވަނަކަށް އުނދަގުލެއް ކުރިމަތިވާ ހިނދު، ނިދިނަގާލައި ހުންއައިސް، މުޅި ހަށިގަނޑު އެކަމުގައި ބައިވެރިވެއެވެ.“
އަދި އެއްވެސްޝައްކެތް ނެތް ގޮތުގައި ކާފަރުންނާއި ޖިހާދު ކުރުމުގައި، އަދި. މުއުމިނުތަކުންނަށް ނަޞުރުވެރިވުމުގައި އަދި އެވެރިންގެ ބިންތަކާއި ޙުރުމަތައް ދިފާޢު ކުރުމުގައި ﷲ ގެ މަގު ޤަތުލުވާ މީހަކަށް ކެތްތެރި ޝަހީދެއްގެ އަޖުރު ލިބިދެއެވެ. އަދި ވަނީ ތެދުވެރި މުޖާހިދުންގެ ތެރެއިންނެވެ. ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ: من قتل في سبيل الله فهو شهيد، ومن مات في سبيل الله فهو شهيد (ﷲ ގެ މަގުގައި ޤަތުލުވެއްޖެ މީހާ، ފަހެ އެއީ ޝަހީދެކެވެ. އަދި ﷲ ގެ މަގުގައި ވޭމެ މަރުވެއްޖެ މީހާ، ފަހެ އެއީ ޝަހީދެކެވެ.) ރިވާކުރެއްވީ މުސްލިމް އެކަލޭގެފާނުގެ ޞަޙީޙު ގައި، ސުހައިލް ބުނު އަބީ ޞާލިޙުގެ ޙަދީޘްތަކުން އެކަލޭގެފާނުގެ ބައްޕާފުޅު އަރިހުން، އަބޫ ހުރައިރާ رضي الله عنه އަރިހުންނެވެ.
އަދި މިއީ ﷲ މަގުގައި ވޭމެ ޤަތުލުވެއްޖެ މީހަކީ ޝަހީދެއް ކަމުގެ މައްޗަށްވާ ދަލީކެވެ. އަދި ﷲ ގެ މަގުގައި މުރާބިޠެއް ގޮތުގައި އަދި ހަނގުރާމަވެރިއެއްގެ ގޮތުގައި ހުރެ، ޤަތުލުވުމަކާއި ނުލައި އެހެނަސް މަރުވެއްޖެ މީހަކީވެސް ހަމަކަށަވަރުން ޝަހީދެއްކަމަށް ހެކިދޭ ދަލީލެކެވެ.
وأسأل الله جل وعلا أن ينصر دينه، ويعلي كلمته، وينفعنا بما سمعنا، ويرزقنا الإخلاص في أقوالنا وأعمالنا
އަހަރެން ﷲ جل وعلا އަރިހުން އެއިލާހުގެ ދީނަށް ނަޞްރުދެއްވުން އެދި ދަންނަވަމެވެ. އަދި އެއިލާހުގެ ކަލިމަފުޅު މަތިވެރި ކުރެއްވުމަށެވެ. އަދި އަޅަމެންނަށް އަޑުއިވުނު އެއްޗަކުން އަޅަމެންނަށް މަންފާޢު ކުރެއްވުމަށެވެ. އަދި އަޅަމެންގެ ބަސްތަކާއި ޢަމަލުތަކުގައި އިޚްލާޞްތެރިކަން ރިޒުގުކުރެއްވުމަށެވެ.
وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين.
އައްޝެއިޚް ސުލައިމާނު ބުނު ނާޞިރަލް ޢަލްވާން
(މުޅިފޮތް)
~ ގަލަންދާނު
`
⏺އިސްލާމް ދީނާއި މުސްލިމުންނަށް ނަޞްރުވެރިވުން
🔗 #الولاء_والبراء (14)
އަދި އަހަރެމެން — އެންމެހާ މުސްލިމުތަކުން — ﷲ تعالى ގެ އިޛުނަފުޅާއި އެކު މިކާފަރުތަކުންނަށް ނިކަމެތިކަމާއި ހަލާކަށް (އުއްމީދާއިއެކު) ބަލަބަލައިތިބީމެވެ. ޢަސްކަރީ އަދި އިޤްތިޞާދީ ފުނޑުފުނޑަކަށެވެ. އެހެނީ ﷲ އީ އެއިލާހުގެ ދީނާއި ފޮތާއި އަޥްލިޔާއިންނަށް ނަޞްރުވެރިވާ ފަރާތެވެ. އަދި އެއިލާހުގެ ދީނާއި ރަސޫލު އަދި ޙިޒްބަށް ނަޞްރުދެއްވާނޭކަމީ ﷲ ފަރާތުން ވާ ވަޢްދެކެވެ. އަދިކާފަރުތަކުން ބަލިކުރެއްވުންވެސްމެއެވެ. އަދި އެވަޢުދަކީ ނުފުއްދި ނުދާނޭ ޙައްޤު ވަޢުދެކެވެ.
އަދި ޝިރުކާއި ކުފުރާއި ޖާހިލިއްޔަ ޤާނޫނޫތަކުގެ މައްޗަށް އެކުލެވިފައިވާ ފިއްތުންތަކާއި، ބިންތައް ފޭރުމާއި އިއްފަތްތައް ނިގުޅެވުން އަދި ޝަރަފުވެރި ފިކުރުތަކަށް ޖެހޭ ގޮންތަކެއް އަބަދަކައް ދެމި ނުއޮންނާނެތެވެ. އެވެރިންގެ މަގުތައް ކިތައްމެ ފުޅާވެފައިވިއެއް ކަމަކުހެވެ. ކިތައްމެ ބާރުގަދަވިއެއް ކަމަކުހެވެ. އަދި ބިންގަނޑުމަތީ ކިތައްމެ ދުވަހެއް ވެފައިވިޔަސް އެވެ. މިޙަޤީޤަތަކީއެއަށް އީމާންވުން ލާޒިމު ޙަޤީޤަތެކެވެ. މިދެނެގަތުން ޙާޞިލުކުރުމަށް ބާރުއަޅައި މަސައްކަތްކުރަންޖެހެއެވެ.
އަދި މިކަމަށް އޮތް ޝަރުޠަކީ އިސްލާމްދީނުގެ މައްޗަށް އަހަރެމެން ތެދުވުމެވެ. އަހަރެމެންގެ ހަށިތަކާއި ހިތްތައް އޭގެ މަތީ ޙަރަކާތްކުޅައުމެވެ. އަދި ﷲ އަށްޓަކައި ތެދުވެރިކަމާއި ޔަޤީނާއިއެކު މަސައްކަތްކުރުމެވެ.
އެއިލާހު تعالى ވަޙީ ކުރެއްވި އެވެ: ﴿وَكَانَ حَقًّا عَلَيْنَا نَصْرُ ٱلْمُؤْمِنِينَ﴾ [الروم:47]
(އަދި މުއުމިނުންނަށް ނަޞްރު ދެއްވުމަކީ، ތިމަންރަސްކަލާނގެ މައްޗަށްއޮތް ޙައްޤެއް ކަމުގައިވެއެވެ.)
އަދިވެސް އެއިލާހު تعالى ވަޙީ ކުރެއްވި އެވެ: ﴿وَلَقَدْ سَبَقَتْ كَلِمَتُنَا لِعِبَادِنَا ٱلْمُرْسَلِينَ إِنَّهُمْ لَهُمُ ٱلْمَنصُورُونَ وَإِنَّ جُندَنَا لَهُمُ ٱلْغَٰلِبُونَ﴾ [الصافات:171-173].
(ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޅުންކަމުގައިވާ ރަސޫލުންނަށް ތިމަންރަސްކަލާނގެ (ނަޞްރު ދެއްވާނެކަމުގެ) ބަސްފުޅުވަނީ، އިސްވެގޮސްފައެވެ. * ހަމަކަށަވަރުން، އެބޭކަލުންނީ، ހަމަ ނަޞްރު ލިބިގެންވާ ބޭކަލުންނެވެ. * އަދި ހަމަކަށަވަރުން، ގަދަވާނެ ބަޔަކީ ހަމަ ތިމަންރަސްކަލާނގެ ލަޝްކަރު ކަން ކަށަވަރެވެ.)
އެހެންކަމުން މުސްލިމު ތަކުންނަށް ނަޞްރު ދެއްވުމީ ﷲ ޙަޟުރަތުންވާ ވަޢްދެކެވެ. އަދި އެއްވެސް ޝައްކެތް ނެތި އެއީ މިދިރިއުޅުމުގައި ވުން އޮތް ޙަޤީޤަތެކެވެ. އިންސާނުންގެ ޙިސާބުކުރުމުގައި އެކަން ލަސްވެ މަޑުން ދާކަމަށް ވިޔަސްއެވެ. ފަހެ އިންސާނާ ޚަލްޤު ކުރެއްވިގެންވަނީ އަވަސް އަރައިގަންނަ ގޮތުގައެވެ.
އެއިލާހު تعالى ވަޙީ ކުރެއްވިއެވެ: ﴿أَلَآ إِنَّ نَصْرَ ٱللَّهِ قَرِيبٌ﴾ [البقرة:214]
(ދަންނާށެވެ! ހަމަކަށަވަރުން، اللَّه ގެ ނަޞްރު ވަނީ ދާދި ގާތުގައެވެ.)
އަދިވެސް އެއިލާހު تعالى ވަޙީ ކުރެއްވިއެވެ: ﴿وَعْدَ ٱللَّهِۖ لَا يُخْلِفُ ٱللَّهُ وَعْدَهُۥ وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ ﴾ [الروم:6].
(اللَّه ގެ ވަޢުދުފުޅެވެ. اللَّه، އެކަލާނގެ ވަޢުދާއި ޚިލާފު ވެ ވޮޑިއެއް ނުގަންނަވަތެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ.)
އިމާމް އަޙްމަދު އެކަލޭގެފާނުގެ މުސްނަދުގައި ޞައްޙަ ސަނަދަކުން ޞަފްވާން ބުނު މުސްލިމް ގެ މަގުން ރިވާކުރެއްވިއެވެ: ވިދާޅުވިއެވެ: ސަރީން ބިން ޢާމިރު އަހަރެންގާތު ތަމީމް އައްދާރީ ދެންނެވިކަމަށް ވިދާޅުވިއެވެ: ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވީތީ އަހަރެން އަޑުއެހީމެވެ:
«لَيَبْلُغَنَّ هَذَا الْأَمْرُ مَا بَلَغَ اللَّيْلُ وَالنَّهَارُ وَلَا يَتْرُكُ اللَّهُ بَيْتَ مَدَرٍ وَلَا وَبَرٍ إِلَّا أَدْخَلَهُ اللَّهُ هَذَا الدِّينَ بِعِزِّ عَزِيزٍ أَوْ بِذُلِّ ذَلِيلٍ عِزًّا يُعِزُّ اللَّهُ بِهِ الْإِسْلَامَ وَذُلًّا يُذِلُّ اللَّهُ بِهِ الْكُفْرَ»
”ރެޔާއި ދުވާލު އެތަނަކަށް އަރާ ކޮންމެ ތަނަކަށް މިދީން ހަމަކަށަވަރުންވެސް ފޯރާނެތެވެ. ވީމާ މަށިހިލައިން ހަދާފައިވާ (މޮޅު) ގެޔަކަސް ދަނޑިފަނުގެ (އާދައިގެ) ގެޔަކަސް، މިދީން އެޔަށް ނުވައްދަވައެއް ﷲ ދޫކޮށް ނުލައްވާނެތެވެ. އެއިން ޢިއްޒަތްތެރިންނަށް ޢިއްޒަތް ދެއްވަމުންނެވެ. އަދި ނިކަމެތިން ނިކަމެތިކުރައްވަމުންނެވެ. އިސްލާމް ކަމުން ޢިއްޒަތް ކުރެއްވި މީހުންނަށް ﷲ ޢިއްޒަތް ދެއްވަތެވެ. އަދި ކުފުރުން ނިކަމެތި ކުރެއްވި މީހުންނަށް ﷲ ނިކަމެތިކަން ލައްވަވަތެވެ.“
އަދި ތަމީމް އައްދާރީ رضي الله عنه ވިދާޅުވައި އުޅުއްވަތެވެ: އަހަރެންގެ ޢާއިލާ މީހުން ތެރެއިން މިކަންތައް އަހަރެންނަށް އެނގި ހާމަވިއެވެ. އޭގެ ތެރެއިން އިސްލާމްވީ މީހުންނަށް ހެވާއި ޝަރަފާއި ޢިއްޒަތް ލިބިގެން ދިޔައެވެ. އަދި އޭގެތެރެއިން ކާފިރުންނަށް ބޭޢިއްޒަތާއި ނިކަމެތިކަމާއި ޖިޒިޔަލެއްވުނެވެ.
🔴 ❞ މުސްލިމުންގެ ހިތްތަކުގައި އެފަދަ ގަދަރުވެރި ކީރިތި މިސްކިތް މިހާރު ނަޖިސް ކުރަމުން އެގެންދަނީ ޔަހޫދީންގެ ފައިތިލަތަކެވެ. އެބައިމީހުންގެ ފައިން ޙަޤީޤަތުގައި އެ އަރަނީ އިސްލާމީ އުންމަތުގެ ބޮލަށެވެ. އެކަން ހުއްޓުވުމަށް މަސައްކަތް ކުރުމަކީ ހުރިހައި މުސްލިމުންގެ ވާޖިބަކަށް ނުވާނެތޯއެވެ؟ ޝައްކެއްނެތެވެ. އަލްމަސްޖިދުލްއަޤްޞާ އާއި، އެތާގެ ބިން، ޔަހޫދީންގެ އަތުން އަތުލައި ސަލާމަތްކުރުމަށްޓަކައި ޖިހާދު ކުރުމަކީ ހުރިހައި މުސްލިމުންގެ ވާޖިބަކަށް ނުވާނެތޯއެވެ. ތެދެކެވެ. އަލްމަސްޖިދުލްއަޤްޞާ އަކީ މުސްލިމުންގެ ތަނެކެވެ. މުސްލިމުންގެ ޙައްޤެކެވެ. އެ ޙައްޤު ލިބިގަތުމަށްޓަކައި ޖިހާދު ކުރަމުންދާ ބައިގައިވުމުގެ އަޒުމް ...އައުކުރަމާ ހިންގަވާށެވެ! ❝
— މުޙައްމަދު ޖަމީލު ދީދީ، (ފަތްތޫރަ، އަދަދު 20 )
ނޮވެންބަރ 1980 ކ.ތ.
~ ގަލަންދާނު
🔻
މަދަހަ: هزتني (އަހަރެން ގުޑުވާލިއެވެ.)
ޢަރަބި އަދި ދިވެހި ސަބްޓައިޓުލްސް އާއި އެކު.
https://hazatni.netlify.app/
~ ގަލަންދާނު
📌❞ ފަލަސްތީނުގެ ޖިހާދަކީ މާތްވެގެންވާ ބިމެއްގެ ދިފާޢުގައި ކުރެވޭ ޝަރުޢީ ޖިހާދެކެވެ. ވީމާ އެތާގެ ސަރުކާރަކީ އަލްމާނީ ސަރުކާރެއް ކަމުގައި ވިޔަސް ނޫނީ ވެރިޔަކީ ޠާޣޫތެއް ކަމުގައި ވިޔަސް، މުސްލިމުންނާއި އެކު އެބައިމީހުންގެ ޢިއްފަތާއި މާތްވެގެންވާ ބިމުގެ ދިފާޢުގައި ހަނގުރާމަ ކުރުމަކަށް މަނަލެއް ނުވެއެވެ. ❝
— އައްޝައިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން (މަޞްދަރު)
~ ގަލަންދާނު