#حديث_ضعيف
އިސްރާ އާއި މިޢުރާޖު ގެ ރެޔަކީ 27 ރަޖަބު ކަމުގެ މައްޗަށް، ޞައްޙަ އެއްވެސް ޚަބަރެއް ނުވެއެވެ.
— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)
~ ގަލަންދާން
#حديث_ضعيف
The ḥadīth about clenching the fist, placing one's knuckles on the ground to support oneself to stand up for the next rak'ah in prayer: is declared weak by ibn al-Ṣalāh¹ , Al-Nawawī² and ibn Rajab³ and amongst contemporaries: Al-'Alwān⁴, Al-Sa'd⁵, Al-Ṭarīfī⁶, Al-'Adawī⁷, Al-Ḥāyek⁸, Al-Ḥassanī⁹, and Shaykh Bakr Abū Zayd¹⁰, Al-Ḥuwaynī¹¹, Muqbil Al-Wādi'ī¹², ibn Bāz¹³, Al-Munajjid¹⁴. (For a discussion regarding the Ḥadīth, in English: Link )
— Galandān
--------------------------
[1] In "Ishkalāt 'Alā al-Wasīt" as stated by Ibn Ḥajar al-'Asqalānī in "Al-talkhīs Al-Habīr Fi Takhrīj" (p. 468)
[2] In "al-Majmū’ Sharḥ al-Muhadhdhab" and "Al-Tanqih fi Sharḥ al-Wasit" as stated by "Ibn Ḥajar al-'Asqalānī" in Al-talkhīs Al-Habīr Fi Takhrīj (p. 468)
[3] Fatḥ-ul-Bārī li Ibn Rajab (vol. 2, pg. 293)
[4] Video (see) also point no. 22 from here
[5] From his QA series here
[6] Sifatu Salati Nabiyyi p. 157 also see
[7] Video (here)
[8] QA from (here)
[9] Audio fatwa (here)
[10] He has a separate treatise on this entitled to " Juzu'un Fi Kayfiyyati Al-Nuhūḍi Fī Al-Ṣalāti Wa Ḍâ'afa Ḥadīthal 'Ajani
[11] treatise (here)
[12] Audio (here) and English translation (see)
[13] Audio fatwa (and text)
[14] From his website Islamqa 175929
🛡ތާއަބަދު ޘާބިތުކަމަށް އެދޭށެވެ.
❞ ހަމަކަށަވަރުން އަހަރެމެންގެ މިޒަމާނުގައިވެސް ދިރިހުރި މިޘާލުތައް ވެއެވެ. އަދި މިހުންނެވީ ޝައިޚުލް އިސްލާމް އެވެ. އެކަލޭގެފާނުގެ މިޞްރަށް ވަޑައިގެންނެވި ހިނދެވެ. އަދި މިޞްރުގެ ރައްޔިތުން އެކަލޭގެފާނުގެ ޤަތުލުކުޅައުމަށް އެއްވިހިނދެވެ. އެހެންކަމުން އެކަލޭގެފާނަށް ލޯބިކުރާ މީހުން ތެރެއިން މީހަކު އައިސް އިސާހިތަކު ދަންނަވައިފިއެވެ:
”ހަމަކަށަވަރުން މީސްތަކުން އެވެރިންގެ ބައިގަނޑުތައް ކަލޭގެފާނުގެ ޤަތުލުކުޅައުމަށް އެދި އެއްކޮށްފިއެވެ.“ އެކަލޭގެފާނު އޮންނެވީ ހިލަވެލިގަނޑެއްމަތީ އޮށޯވެވަޑައިގެންނެވެ. ދެން ސީދާވެލައްވައި — އަދި (އެފަދަ ޚަބަރަކީ) ބަޔެއް މީހުންނަށް އެހެން ބުނެވިއްޖެނަމަ އެވެރިންގެ މޫނުގެ ކުލަ ރަތްވެ ރީނދޫވާނެ ފަދަކަމަކަށް ވީހިނދު އަދި ފަހަރެއްގައި ހުރިތަނަށް އަނބުރައިގަނެގެން ވެއްޓޭނޭވަރު ކަމަކަށް ވީހިނދު — އެކަލޭގެފާނު އެނބުރިވަޑައިގެން ވެލިމުށެއް ނަންގަވައި އެޔަށް ފުމެލެއްވިއެވެ. އަދި ވިދާޅުވިއެވެ: ހަމަކަށަވަރުން އެވެރިންނަކީ މެހިތަކެއްފަދަ (ނިކަމެތި) ބައެކެވެ. [ނުވަތަ ވެލިހިރަފުސް ފަދައޭ އެވެ.]
އަދި އަހަރެމެން ތެރެއިން މީހަކު ޖަލަށް ލެވިއްޖެ ނަމަ އެއިން ނިކުމެވޭނޭ މަގެއް ފެނޭތޯ ތެޅިފޮޅެއެވެ. އަދި يا رب أخرجني އޭ ބުނެ ދުޢާ ކުރެތެވެ. (އެބަހީ: ޔާ ރައްބި އަޅާ (މިޖަލުން) ނެރެދެއްވާށިއޭ އެވެ.)... (މިއީ) ކުށެކެވެ. އަދި ކިއެއްތަ؟ ދުޢާ ކުރަންވީ (އެންމެ ފުރަތަމަކަމަކަށް ވެސް) ربِّ ثبتني (ޔާ ރައްބޭ، މިއަޅާ ޘާބިތުކުރައްވާށިއޭ) އެވެ. އެހެނީ ފަހެ ކިތައް ޝަޚްޞުން ޖަލަށްލެވި ދެން ނިކުމެ އަދި އޭނާގެ ޢަޤީދާއިން އަރިއަޅާލާ ގޮސްފައިވޭހެއްޔެވެ؟ މަގުފުރެދި މަގުގެއްލިފައެވެ. ޒިންދީޤުވެ ނޫނީ ފާސިޤުވެ ނޫނީ ޙައްޤުގެ އަހުލުންނަށް ލަދެއްކަމުގައެވެ. އެހެންކަމުން ﷲ ޙަޟުރަތަށް ޘާބިތުކަމަށް އެދޭށެވެ. އަދި އެއަށް އެދުމަށް ފަހު (ދެން ޖަލުން) ނިކުތުމަށް ދުޢާ ކުރާ މީހަކަށް، ފަހެ އެކަމުގައި މައްސަލައެއް ނުވެއެވެ. އަދި މިއީ ﷲ ގެ އިސްމުފުޅުތަކާއި ސިފަފުޅުތަކަށް އީމާންވުމުގެ އަޘަރުތަކުގެ ތެރެއިން އަޘަރެކެވެ. ❝
— އައްޝައިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރް، އަލްޢަލްވާން
🎙[شرح العقيدة الواسطية || شـ (٢)].
~ ގަލަންދާނު
❣️ ޝައިޚް ސުލައިމާން ބުނު ނާޞިރް އަލްޢަލްވާން ވިދާޅުވިއެވެ:
ފާޑު ކިޔުމުގެ ޝަރުޠުތައް ފަހެކެވެ:
ފުރަތަމައީ: ޢިލްމެވެ. އަދި މީގެ ތެރޭގައިވަނީ ކުށްޖެހިފައިވާ މީހާގެ ޙާލަތުގެ ޢިލްމެވެ. އޭނާގެ ބިމާއި، އޭނާގެ ޙާލަތާއި އޭނާ ގެ މަޤާމެވެ. މިޘާލަކަށް، އޭނާ އަކީ ރާފިޡީ އިންނާއި އިދިކޮޅު ހަދާ ޢިލްމުވެރިޔެއް ނަމަ، އަދި އެވެރިންނާއި ދެކޮޅުވެރިވެ ސުންނީ ފިކުރަށްޓަކައި ތެދުވެ އެ ދިފާޢުކުރާ ނަމަ، ދެން އޭނާގެ ކުށެއް އަހަރެމެންނަށް ހާމާވެއްޖެ ހިނދުގައިވެސް، މަގުފުރެދިފައިވާ މީހުންނާއި ބިދުޢައިގެ އަހުލުންގެ މައްޗަށް އަހަރެމެން އޭނާ އަށް ވާގިދޭނަމެވެ. އެހެނަސް އެއާއި އެކީ އޭނާއަށް ނަޞޭޙަތްތެރިވާނަމެވެ. ދެން އޭނާ އެނަޞޭޙަތަށް އިޖާބަ ނުދީފިނަމަ، އަހަރެމެން އޭނާގެ ނަން ޛިކުރު ނުކޮށް އެކުށް ހާމަކޮށް އޭގެ ރަނގުޅުގޮތް ބަޔާން ކުރާނަމެވެ.
މީގެ މިޘާލަކީ: ރަޝީދު ރިޟާ އާއި ނަޖުދުގެ އިމާމުންނެވެ. އެހެނީ އަޝްޢަރީ އަސަރެއް ހުރުމާއި އެކުވެސް ނަޖުދުގެ އިމާމުން އެބޭފުޅާ މަތިވެރިކޮށް ހެއްދެވިއެވެ. އަދި އަޝްޢަރީންނާއި (ޖުމްލަކޮށް) ޢަމަލުކުރެވޭ ގޮތާއި ޚިލާފަށް ޢަމަލުކުރެއްވިއެވެ. އެހެނީ އެބޭފުޅާއަކީ މިޞްރުގެ ޤުބޫރީންނާއި ދެކޮޅަށް ތެދުވެހުންނެވި ބޭކަލެއް ކަމުންނެވެ. އަދި އެއީ ވަރުގަދަ މުވައްޤިފެއްގައި ހުންނެވި ބޭފުޅެކެވެ.
ދެވަނައީ: އިޚްލާޞްތެރިކަމެވެ.
ތިންވަނައީ: ޢަދުލު ވެރިވުމެވެ. އެހެނީ އެފަދަމީހާ އަށް ﷲ އާއި އެއިލާހުގެ ރަސޫލު ލޯބިވެވޮޑިގެން ވެއެވެ. އަދި ޢާލަމުގެ އެންމެހާ ބުއްދިވެރިންވެސް އެވެ. އަދި ޢަދުލުވެރިވުން ވަނީ މުސްލިމު އަދި ކާފަރުއާއި އެކުގަވެސްމެއެވެ.
ހަތަރުވަނައީ: އިންޞާފެވެ. އެއީ (ލޮބުވެތިވެގެންވާ) ޢަޒީޒުވަންތަ އެއްޗެކެވެ. އެއީ އެއާއިމެދު ބަޔެއް ޢިލްނުވެރިން ވިދާޅުވި ފަދައިންނެވެ: ”ގަންނާން ލިބޭ އެއްޗެއްނަމަ، އަހަރެން އެގަނެ މީސްތަކުންނަށް އެއިން ފަރުވާ ދިނީހެވެ.“ އަދި މިކަމުގެ މިޘާލަކީ، އަބޫ އިސްމާޢީލުލް ހަރަވީ އާއިމެދު އިބްނުލް ޤައްޔިމް رحمه الله تعالى ގެ ޙާލަތެވެ. އަހަރެން ބުނަމެވެ: ބަޔެއް ޖާހިލުން، އަބޫ އިސްމާާޢީލުގެ ބަސްތައް އޭގެ ބޭރުފުށުގެ މާނައަށް ނަގާނަމަ، އޭނާ އަކީ ހަމައެކަނި ފާސިޤެކޭ ބުނެ ނުފުއްދާލާނެއެވެ. އަދިކިޔެއް، އެއީ ޒިންދީޤެއް ކަމަށްވެސް ނިންމާނެތެވެ. އެހެނަސް އިބްނުލް ޤައްޔިމް ވިދާޅުވެ ހައްދަވަނީ: ”ފަހަރުގައި އޭނާ މިބަހުން ޤަސްދުކުރީ މިވެނި އެއްޗެއް ކަމަށްވެސް ވެދާނެއެވެ. އެހެނަސް އޭނާގެ ޤަސްދަކީ އެވެނި އެއްޗެއްނަމަ، އެހެންވިއްޔާ މިމާނަ ބާޠިލެވެ.“ މިއީ ޢަދުލުވެރިކަމުގެ އެންމެ އުހެވެ.
ފަސްވަނައަށް: ރަޙްމަތް ކުރުމެވެ. (އޯގާވެރިވުމެވެ.) ﷲ جل وعلا ޢިލްމުގެ އިހަށް ރަޙުމަތް ގެންނެވިއެވެ. އެހެންކަމުން ވަޙީ ކުރެއްވިއެވެ:
...ءَاتَيْنَٰهُ رَحْمَةً مِّنْ عِندِنَا وَعَلَّمْنَٰهُ مِن لَّدُنَّا عِلْمًا
”...އެބޭކަލަކަށް ތިމަންރަސްކަލާނގެ حضرة ން رحمة އެއް ދެއްވީމެވެ. އަދި އެބޭކަލަކަށް ތިމަންރަސްކަލާނގެ حضرة ން (خاص) علم އެއް އުނގަންނައިދެއްވީމެވެ.“
އަދި ސުފްޔާން رحمه الله އާއި ހަމަޔަށް ((المُسَلسَلُ بِالأوَّلِـيَّةِ)) ގެ ގޮތުން ރިވާކުރެވޭ އެންމެ ފުރަތަމަ ޙަދީޘް އަކީ ނަބިއްޔު ﷺ ގެ ޙަދީޘްފުޅު: (( ارْحَمُوا مَنْ فِي الأَرْضِ يَرْحَمْكُمْ مَنْ فِي السَّمَاءِ )) ”ބިމުގައިވާ މީސްތަކުންނަށް ތިޔަބައިމީހުން ރަޙުމް ކުރާށެވެ. އުޑުގައިވާ ފަރާތް ތިޔަބައިމީހުންނަށް ރަޙުމު ކުރައްވާނެތެވެ.“
އަދި އެމީހެއްގެ ފުށުގައި ޢިލްމު ހުރެ އެހެނަސް ރަޙުމް ނެތިއްޖެ މީހާ، ޢިލްމު ފޯރުމަކުން ލިބުނު ހެވެއް ނެތެވެ. أ. هـ
— (ޚުލާސާ) އަލްޢަލްވާންގެ ބަސްކޮޅު ނިމުނީ (މަޞްދަރު)
~ ގަލަންދާނު
📌 އޭނާ އަށް ރައްދު ދޭނީ ޝައިޠާނާއެވެ!
ސަލާމް ގޮވުން ފެތުރުމީ، މުއުމިނުން ދެމެދު ލޯބި އަށަގަނުވާ ކަމެކެވެ. އަދި ޖަންނަތަށް ވެއްދެވުމުގެ ސަބަބެކެވެ. އިތުރުއެކަލޭގެފާނުން ﷺ ޙަދީޘް ކުރެއްވިއެވެ:
«لَا تَدْخُلُونَ الْجَنَّةَ حَتَّى تُؤْمِنُوا وَلَا تُؤْمِنُوا حَتَّى تَحَابُّوا أَوَلَا أَدُلُّكُمْ عَلَى شَيْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ أَفْشُوا السَّلَامَ بَيْنَكُمْ»
”ތިބައިމީހުންގެެ ތެރެއިން އެއްވެސް މީހަކު އީމާން ނުވަނީސް ސުވަރުގެ ނުވަންނަހުއްޓެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަަކަށް ލޯބި ކޮށްފުމަށްދާންދެން އީމާންކަން ފުރިހަމަ ނުވާހުއްޓެވެ. އެކަމެއްކޮށްފިނަމަ ތިޔަބައިމީހުންގެ މެދުގައި ލޯބި އުފެދޭނޭ ކަމެއް ތިމަންކަލޭގެފާނު ބުނެދެންހެއްޔެވެ؟ ތިޔަބައިމީހުންގެ މެދުގައި ސަލާމްކުރުން ފަތުރާށެވެ.“ — ރިވާކުރެއްވީ މުސްލިމް އެވެ.⁽¹⁾
ހިޝާމް ބުން ޢާމިރް އަރިހުން ރިވާވެގެންވެއެވެ:
قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «لَا يَحِلُّ لِمُسْلِمٍ أَنْ يَهْجُرَ مُسْلِمًا فَوْقَ ثَلَاثِ لَيَالٍ فَإِنَّهُمَا نَاكِبَانِ عَنْ الْحَقِّ مَا دَامَا عَلَى صُرَامِهِمَا وَأَوَّلُهُمَا فَيْئًا يَكُونُ سَبْقُهُ بِالْفَيْءِ كَفَّارَةً لَهُ وَإِنْ سَلَّمَ فَلَمْ يَقْبَلْ وَرَدَّ عَلَيْهِ سَلَامَهُ رَدَّتْ عَلَيْهِ الْمَلَائِكَةُ وَرَدَّ عَلَى الْآخَرِ الشَّيْطَانُ وَإِنْ مَاتَا عَلَى صُرَامِهِمَا لَمْ يَدْخُلَا الْجَنَّةَ جَمِيعًا أَبَدًا»
ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ: ”މުސްލިމެއް އެހެން މުސްލިމެއް ހަޖުރުކޮށްފައި ބެހެއްޓުން (އެބަހީ: ގުޅުން ކަނޑާލުން) ތިން ރެޔަށްވުރެ ގިނައިން ހުއްދަވެގެން ނުވެއެވެ. ފަހެ ހަމަކަށަވަރުން އެވެރިން ދެބައިވެފައިވާހާ ހިނދަކު، އެވަނީ ޙައްޤުން ފެޔަށްޖެހިގެނެވެ. އަދި އެދެވެރިންކުރެ ފުރަތަމަ ރުޖޫޢަވާ މީހާ، އޭނާ ރުޖޫޢަވުމުގައި އިސްނެގިކަމަށްޓަކައި އެއީ (އޭނާގެ ފާފައަށްވާ) ކައްފާރާއަކަށް ވެއެވެ. އަދި އޭނާ ސަލާމް ގޮވުމުން އެޤަބޫލު ނުކޮށް އެސަލާމަށް ރައްދު ނުދީފިނަމަ، މަލާއިކަތުން އެއަށް ރައްދުދެއްވަތެވެ. އަދި އަނެކާއަށް ޝައިޠާނާ ރައްދުދެއެވެ. ފަހެ ވަކިވެގެންތިބެ އެދެވެރިން މަރުވެއްޖެނަމަ، އެދެވެރިން އެކީގައެއް ދުވަހަކުވެސް ޖަންނަތަކަށް ނުވެއްދެވޭ ހުއްޓެވެ.“ ⁽²⁾
އަދި އެހެން ރިވާޔަތެއްގައި «...لَمْ يَجْتَمِعَا فِي الْجَنَّةِ أَبَدًا» ”...އެދެވެރިން ޖަންނަތުގައި ދުވަހަކުވެސް އެއްތަން ނުވާނެތެވެ.“⁽³⁾
އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އަލްޚުޟައިރު ވިދާޅުވިއެވެ:
”(މިޙަދީޘް) ރިވާކުރެއްވީ އަޙްމަދު އާއި އައްޠަޔާލިސީ، ޞައްޙަ ސަނަދަކުން ނެވެ.
އަދި ޢަބޫ ޙާތިމް — އެއީ އިބްނު ޙިއްބާން — ވިދާޅުވިއެވެ:
”ނަބިއްޔު ﷺ ގެ ޙަދީޘް ފުޅު (އިބްނު ޙިއްބާންގެ ރިވާޔަތުގައި ވާފަދައިން) :
«...لم يَدخل الجنَّة ولم يجتمعًا في الجنَّة» ”...ޖަންނަތައް ނުވެއްދެވޭނެއެވެ. އަދި ޖަންނަތުގައި އެއްތަން ނުކުރެއްވޭނެއެވެ.“
މީގެ މުރާދަކީ، ﷲ ދީލަތިވެލައްވައި، އެދެވެރިންގެ އެ ވަކިވުމުގެ ފާފައިގެ މައްޗަށް ފުއްސެވުން ނުލައްވަނީ ކަމުގައި ވާނަމައެވެ.“⁽⁴⁾
~ ގަލަންދާނު
__________________
⁽¹⁾ އެއީ އަބޫ ހުރައިރާ ގެ އަރިހުން، މުސްލިމް އެކަކޭގެފާނުގެ ޞަޙީޙު ގައެވެ.
⁽²⁾ މުސްނަދި އަޙްމަދު، 15824
⁽³⁾ މުސްނަދި އަޙްމަދު، 15823
⁽⁴⁾ ޢަބްދުލް ޢަޒީޒް އަލްޚުޟައިރު، (މަޞްދަރު)
②
- لا يجوز للمسلم حضور أعياد المشركين الدينية بالاتفاق، {وَالَّذِينَ لَا يَشْهَدُونَ الزُّورَ}، الزور هنا عيدهم، قاله من السلف أبو العالية وطاووس وابن سيرين.
މުޝްރިކުންގެ ދީނީ ޢީދުހަފުލާތަކަށް ޙާޟިރުވުން މުސްލިމެއްގެ މައްޗަށް (ޢިލްމުވެރިން ގެ ދެބަސްވުމެއްނެތި) އިއްތިފާޤުން ހުއްދަވެގެން ނުވެއެވެ. {وَالَّذِينَ لَا يَشْهَدُونَ الزُّورَ} ”އަދި އެމީހުން يعني: رحمن ވަންތަ ﷲ ގެ އަޅުތަކުން، زُوْرُ އަކަށް حاضر ނުވާނެއެވެ.“ މިތާގައި މިވާ زُوْرُ އަކީ އެއުރެންގެ ޢީދުޙަފުލާ ތަކެވެ. ސަލަފުންގެ ތެރެއިން އަބުލް ޢާލިޔާ އާއި ޠާޥޫސް އާއި އިބްން ސީރީން މިހެން ވިދާޅުވިއެވެ.
- تحريم حضور أعياد المشركين الدينية أجمع عليه العلماء كمالك وأبي حنيفة والشافعي وأحمد، نص على اﻹجماع ابن القيم وغيره في كتابه أحكام أهل الذمة.
މުޝްރިކުންގެ ދީނީ ޢީދުޙަފުލާ ތަކަށް ޙާޟިރުވުމުގެ ޙަރާމް ކަމުގެ މައްޗަށް މާލިކާއި އަބޫ ޙަނީފާއާއި އައްޝަފިޢީ އާއި އަޙްމަދު ފަދަ ޢިލްމުވެރިން އިޖުމާޢުވެލެއްވިއެވެ. އިބްނުލް ޤައްޔިމް އެކަލޭގެފާނުގެ ފޮތް أحكام أهل الذمة ގައި، އަދި އެނޫން ބޭކަލުން މިއިޖުމާޢު ނަޤުލުކުރެއްވިއެވެ.
- لا يُجيز الصحابة حضور عيد المشركين وتهنئتهم بأعيادهم الدينية، قال عمر بن الخطاب: (اجتنبوا أعداء الله في عيدهم)، رواه البيهقي بسند صحيح.
މުޝްރިކުންގެ ޢީދުޙަފުލާ ތަކަށް ޙާޟިރުވުމާއި އެވެރިންގެ ދީނީ ޢީދުތަކުގައި ތަހުނިޔާ ކިޔުން އަޞްޙާބުބޭކަލުން މަނައު ކުރެއްވިއެވެ.ޢުމަރު ބްނުލް ޚައްޠާބު ވިދާޅުވިއެވެ: : (اجتنبوا أعداء الله في عيدهم) ”އެއުރެންގެ ޢީދުގައި، ﷲ ގެ ޢަދުއްވުންތަކާއި ދުރުހެލިވެގެން ތިޔަބައިމީހުން ތިބޭހުށިކަމެވެ.“ ރިވާކުރެއްވީ އަލްބައިހަޤީ، ޞައްޙަ ސަނަދަކުން ނެވެ.
— ޢަބްދުލް ޢަޒީޒް އައްޠަރީފީ (ރަސްމީ އެކްސް ގައި ކުރެއްވި ޕޯސްޓް ތަކެއް)
~ ގަލަންދާނު
🗣އައްޝައިޚް ޑރ. މޫސާ އަލްޤަރްނީ، 15 އަހަރު ޖަލު އަނިޔާތަކުން ނަފްސާނީބަލި ޖެހި، އެޙާލު ޖަލުގައި ނިޔާވި. ޖަލުގައި ލިޔުއްވި ޝައިޚުގެ ޅެމަކުން:
لكن قوماً من ولاة أمورنا *** علينا عدوا ظلماً ولم يتبصروا
އެހެނަސް އަހަރެމެންގެ ވެރިންކުރެ ބަޔަކު
*** އަހަރެމެންނަށް އަނިޔާވެރިކަމުގަ ޢަދާވާތްތެރިވިޔޭ އަދި ހެޔޮ ހީނުކުރެތޭ
إلى السجن ساقونا وذلَوا رقابنا *** وذَلوا أهالينا وفينا تجبروا
ޖަލުތަކަށް އަހަރެމެން ދަމައި އަހަރެމެންގެ ކޮނޑުތައް ނިކަމެތިކުރިތޭ
***އަދި އަހަރެމެންގެ އަނބިދަރީން ނިކަމެތިކޮށް އަހަރެމެން މައްޗަށް ޖައްބާރުވިތޭ
އަދިވެސް އޭގައިވެއެވެ :
ومن بعدها جئنا إلى سجن حاير *** وعن وصفه يعيا بياني ويقصر
އެއަށްފަހު އަހަރެމެން ގެނެވުނޭ ޙާއިރު ޖަލަށް
*** އެތަނުގެ ކަންކަން ކިޔައިދެމުން ގޮސް ވަރުބަލިވިޔަސް އަދި ނުނިމޭނެޔޭ
ففيه من الإذلال شيء مروَع *** وفيه من الإهمال مالا يُصور
ފަހެ އޭގައި ވެޔޭ ނިކަމެތިކަމެއް ބިރުވެރިކަމެއް އެކުލެވޭ
*** އަދި ވެޔޭ އިހުމާލު ތަޞައްވަރުވެސް ނުވާ
وفيه إهانات تخطت حدودها *** وليست على ذي الدين والعقل تخطر
އަދި ވެޔޭ އޭގައި އިހާނެތި އޭގެ ޙައްދުން ނެއްޓިވާ
*** ދީންވެރި ޝަރަފުހުރި ބުއްދިވެރިޔަކަށް ލިބުން ހަމަނުވާ
އަދިވެސްވޭ :
نُعامل كالأنعام يُرمى عِلافها *** وليس لنا حق سوى الأكل يُذكر
އޭގެ ކޮއްތު ބިމަށް އުކޭ ގެރިބަކިރިހެންނޭ ޢަމަލުވެވެނީ
*** ޙައްޤެއް ނެތޭ އެންމެ ކަމަކަސް، ކެއުމަށް އެދެވުންމެ ނޫން
لكل سجين قدر فرشة نومه *** وحمّامنا للصوت والريح ينشر
ނުވޭ މިންވަރު ކޮންމެ އަސީރަކަސް ނިދާ އެދުގެ ޖަގަހަ ނޫން
*** އަހަރެމެންގެ ފާޚާނާ އޭގެ އަޑާއި ވަސް ފެތުރިދޭ
يحيط به جدرٌ قصير,وبابه *** قصير فما غير المغلَّظ يستر
އޭގެ ނިވާ ފާރުވެސް ތިރި އަދި އޭގެ ދޮރު
*** ކުރު ވީއިރު ބޯނޫން އެއްޗެއް ފޮރުވި ނުއޮވެތޭ
އަދި ވިދާޅުވި:
إذا ما أتانا للزيارة أهلنا *** يلاقون أصناف الأذى حين يحضروا
ނާންނާނެ ނަމައޭ އަނބިދަރީން އަހަރެމެންގެ ޒިޔާރަތަށް
*** އަންނަހިނދު ނުވާ ދުއްތުރަޔެއް ނުވޭ އެވެރިނަށް
فكم قد أهانوا أهلنا ونساءنا *** وكم قد شكوا من جورهم وتذمّروا
ފަހެ ކިތައް ފަހަރުތޯ އިހާނަތިކުރަނީ އަހަރެމެންގެ އަންހެން އަދި އަހުލުނަށް
*** ފަހެ ކިތައް މީހުންނަށް ކަށިޖެހުންވިތޯ އެވެރިންގެ ބޭއިންސާފު އަދި ކުދިކިޔުންތަކުން
يلاقون في التفتيش كل أذية *** فأثوابهم بالخلع تطوى وتنشر
އެ ބަލާފާސްކުރުމުގައި އެންމެހާ ދުއްތުރާތަކެއް ފޯރުވާ
*** އެވެރިންގެ ހެދުންތައް ބޭލި އޮޅައި ފެތުރެޔޭ
كلاسينهم يُعرونها وصدورهم *** وعوراتهم باللمس والجّس تهصر
އެތެރޭގެ ހެދުންތައް ހާމަވެ އަދި މޭތަކާ
*** އެއުރެންގެ ޢަޥްރަތައް އަތްހޭކި މެތި ވަކިހިއްޕެވޭ
وليس لشكواهم من الذل سامع *** وليس لهم إلا الدعا والتصبر
އަޑު އެހުމެއް ނުވޭ މި ނިކަމެތި ކަމަށް އެއުރެންކުރާ ޝަކުވާތަކަސް
*** ނުވޭ ދުޢާ ކެތްތެރިކަންމެ ނޫން އެއަހުލުނަށް
~ ގަލަންދާނު
❣️ ❞ ﷲ تبارك تعالى ޔޫނުސުގެފާނާއި މެދު ވަޙީ ކުރެއްވިއެވެ: ﴿ فَلَوۡلَآ أَنَّهُۥ كَانَ مِنَ ٱلۡمُسَبِّحِينَ * لَلَبِثَ فِى بَطۡنِهِۦٓ إِلَىٰ يَوۡمِ يُبۡعَثُونَ ﴾ ”ފަހެ އެކަލޭގެފާނު تَسْبِيح ކީ މީހުންގެ ތެރެއިން (ނުވަތަ ذِكْر ކޮށް ދުޢާ ކުރެއްވި ބޭކަލުންގެ ތެރެއިން) ނުވިނަމަ ޤިޔާމަތްދުވަހަށް ދާންދެން އެމަހުގެ ބަނޑުގައި އޮންނަވައިފީހެވެ.“ (الصافات 143 ، 144)
އަދި ﷲ تعالى —ޖަންނަތުގެ އަހުލުންގެ ވާހަކާގައި— ވަޙީ ކުރެއްވިއެވެ: ﴿ قَالَ أَوۡسَطُهُمۡ أَلَمۡ أَقُل لَّكُمۡ لَوۡلَا تُسَبِّحُونَ * قَالُواْ سُبۡحَٰنَ رَبِّنَآ إِنَّا كُنَّا ظَٰلِمِينَ ﴾ ”އެމީހުންގެ ތެރޭގައި ހުރި އެންމެ عَدْلُ ވެރި ހެޔޮލަފާމީހާ ބުންޏެވެ. ކަލޭމެން الله އަށް تَسْبِيْح ނުކީ ކިއްވެގެން ހެއްޔެވެ؟ (އެބަހީ: الله އިރާދަކުރެއްވިއްޔާއޭ ނުބުނީ ކީއްވެގެންހެއްޔެވެ؟) * އެމީހުން ދެންނެވިއެވެ: އަޅަމެން ހައްދަވާ ބޮޑުކުރައްވާ ކަލާނގެ ހުސްطَاهِرُ ވަންތައެވެ. (سُبْحَانَ الله އެވެ.). ހަމަކަށަވަރުން އަނިޔާވެރިން ކަމުގައި އަހުރެމެން ވެއްޖައީމެވެ.“ (القلم 28 ، 29)
އަހަރެން (އައްސަޢްދު) ބުނަމެވެ: މިއިން ދަލީލުކޮށްދެނީ ތަސްބީޙަ ކިޔުމީ، ޖުމްލަގޮތެއްގައި ﷲ (އެންމެހާ) ކަންބޮޑުވުންތަކަކުން ނަޖާކުރައްވައިދެއްވާ ސަބަބުތަކުގެ ތެރެއިން އެއްޗެއް ކަމެވެ. އެއީ: «لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِين» ނޫނީ އެނޫން ތަސްބީޙައެއް ކީ ކަމުގައި ވިޔަސް އެވެ.❝
— އައްޝެއިޚް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)
~ ގަލަންދާނު
🔻
❞ ...އަދި ކިއެއްތަ؟ އެއިން (އެބަހީ: މުޒާހަރާތަކުން) ، ނުހަނު ބޮޑެތި ހެއޮތައް ގެނުވާފައި ވެއެވެ. މިޞްރުގެ ޠާޣޫތު (އަނިޔާވެރި ޚުދުމުޚްތާރު ވެރިޔާ، މުބާރަކު) ޢަޒުލުވުން ފަދައެވެ. އެހެނީ އޭނާގެ ޢަޒުލުވުމަކީ، އޭގެ ބަދަލުގައި އިސްލާމީ ޙުކުމެއް ޤާއިމު ނުވިއެއްކަމަކު: އެކަމުން ބޭއިންސާފާއި އަނިޔާ ލުއިވެގެންދިޔަ ކަމެކެވެ. އަދި އޭނާގެ ވަޤުތުގައި ނެތް ޢަދުލުވެރިކަމުގެ މިންވަރެއް އެއިން ލިއްބައިދިނެވެ. ❝
— އަލްޢައްލާމާ، އައްޝެއިޚް ނާޞިރް އަލްފަހްދު
(ފަތާވާ އަލްޙާޔިރިއްޔާ ޞ. 48، މުޒާހަރާ ކުރުމުގެ ޙުކުމް ބަޔާން ކުރެއްވި ފަތުވާގެ ނިމުމުގައި.)
~ ގަލަންދާނު
އެޑިކްޝަން މަސައްކަތް ކުރަނީ ކިހިނެއް؟ (Ep 01)
#Genbidhiyun_Weekly
https://www.youtube.com/watch?v=U2l6U-iu47I
ވީޑިއޯ ސީރީސް: ”އޮރިޔާންކާޑުގެ ދުނިޔެއަށް ގެނބިދިއުުން“
~ ގަލަންދާނު ސޯޝަލް ޕުރޮޖެކްޓް
🔖 ❞ޢަޤީދާއާއި ފިޤުހުގެ ކަންކަމުން ފަޅާ ގޮފިތަކީ "އުޞޫލުއް ދީން" ގެ (އެބަހީ: ދީނުގެ އަސާސުތަކުގެ) ތަރަހައިގެ ތެރެއަށް ވަންނަ ތަކެއްޗެއް ނޫނެވެ. މިހެންކަމުން، ޢަޤީދާގެ ގޮތްޕެއްގައި ޚިލާފެއް އޮތްކަން ޞައްޙަ ވުމީ: މިޒަމާނުގެ ބަޔެއް ޒިންދީޤުން ބުނާފަދައިން، ދީނުގެ އުޞޫލުތަކުގައި ސަލަފުން ޚިލާފުވިޔޭ ބުނެވޭނެ ކަމެއް ނޫނެވެ. އެހެނީ އުޞޫލުއް ދީން ގެ މުރާދަކީ:
ޤަަޠަޢިއްޔާ (އަރައިރުމެއް ނެތް) ދަލީލުތަކުން އެއަކަށް އިޖުމާޢުވެވިފައިވާ ކަންކަމެވެ. ހަމައެފަދައިން އެންމެހާ ޝަރުޢުތަކުގައި އިއްތިފާޤުވެ އެޔެއް މަންސޫޚުވުން ނުވާ އެންމެހާ ކަންކަމެވެ. އެއީ ޢިލްމީ ނޫނީ ޢަމަލީ ކަމެއް ވިޔަސް އެވެ.
އަދި މިކުރު ތަޢުރީފުގެ ދަށުން:
1. އަލްއިސްރާއު ގެ ރޭ ނަބިއްޔު (عليه السلام) އެކަލޭގެފާނުގެ ރައްބު (سبحانه) (ފަރުދާއެނެތި) ދެކެވަޑައިގަތުން ނޫނީ އެކަމުގެ ނަފީ
2. ޖިސްމާނީ ގޮތުން އަލްއިސްރާއު ވުން ނޫނީ އެކަމުގެ ނަފީ
3. މައްޔިތުންނަށް ދިރިތިބީންގެ އަޑު އިވުން ނޫނީ އެކަމުގެ ނަފީ
4. އެވެރިންގެ މައްޗަށް ދިރިތިބީން (މޮޔައަރައި) ރުއިމުގެ ސަބަބުން މައްޔިތުންނަށް ޢަޛާބު ލިބުން އަދި އޭގެ ނަފީ
އަދި މިނޫން މިފަދަ (ޚިލާފެއް ވާރިދުވެފައި އޮތް) ކަންކަމީ، އުޞޫލުއް ދީން ގެ ތެރެއިންވާ ކަންކަމެއް ނޫނެވެ.
އިބްނު ވަޒީރުއް ޔަމާނީ (840ހ) ވިދާޅުވިއެވެ: ”ފަހެ ދީނުގައި އިތުރުކުޅައުމުގެ ތެރޭ ވަނީ: ބުއްދީން ނޫނީ ޝަރުޢުން ހުރި އަރައިރުންވަނިވި ކަންކަން، އެއީ އެނގިގެންވާ ކަންކަމުގެ ދަރަޖައަށް އުފުލުމެވެ. އަދި މިއީ އިޖުމާޢުއިން ޙަރާމް ކަމެކެވެ.“ — إيثار الحق على الخلق (1/577).❝
— ޝެއިޚް ޙައްސާން ޙުސައިނުއް ޞޫމާލީ (ބަސްކޮޅު)
~ ގަލަންދާނު
✅ ❞ (ދީނުގެ) ކަންކަމުގައި ކުށްޖެހޭ މީހާ ދެޙާލަތަކަށް ވާކަމުގައި ޢިލްމުވެރިން ވަނީ އިޖުމާޢުވެލައްވާފައެވެ:
ޢުޛުރުވެރިވުން އަދި ޢުޛުރުވެރި ނުވުމެވެ.
އަދި ހަމައެފަދައިން އެބޭކަލުން އިޖުމާޢުވެލެއްވީ ދީނީ ޙުކުމްތައް ބެހެވެނީ، އެކަންކަމުގައި އިޖުތިހާދުވަނިވި ކަންތައްތަކާއި އަދި އިޖުތިހާދު ނުވަނިވި ކަންތަކަށް ކަމުގައެވެ.
އަދި (އިޖުމާޢުވެލެއްވީ) އިޖުތިހާދު ނުވަނިވި ކަންކަމުގައި ކުށްޖެހޭ މީހަކީ އެކަމުގައި ޢުޛުރު ނުވަނިވި މީހެއް ކަމެކެވެ. އަދިކިއެއްތަ، އެއީ އެހެންޏާ (އެކުށުގެ ސަބަބުން) ފާފަވެރިއެކެވެ. ނޫނީ ކާފަރެކެވެ.❝
— ޝެއިޚް ޙައްސާން ޙުސައިނުއް ޞޫމާލީ (ބަސްކޮޅު)
~ ގަލަންދާނު
💎 ﴿ وَأَعِدُّوا لَهُمْ مَا اسْتَطَعْتُمْ مِنْ قُوَّةٍ وَمِنْ رِبَاطِ الْخَيْلِ ﴾ (އަދި އެމީހުންނާ ހަނގުރާމަކުރުމަށް ބާރާއި އަދި ޢަސްކަރީ އަސްތައް ބަނދެ، ކުޅަދާނަވީހާ ވަރަކަށް ކަލޭމެން (مؤمن ން) ތައްޔާރުކުރާށެވެ! )
”ބުނެވެއެވެ: ”ޢުރުވަތު ބުން މަސްޢޫދު ވެސް ޣައިލާން ބުން ސަލަމާ ވެސް، ހުނައިނުގައި އަދި ޠާއިފުގެ ޙިޞާރުގައިވެސް ބައިވެރިވެވަޑައިގެންފައި ނުވަނީ، އެދެބޭކަލުން ތިއްބެވީ، (ހަނގުރާމައިގެ އާލަތްތަކުގެ ތެރެއިން) ދައްބާބާ އާއި މަންޖަނީޤު އާއި ޟަބޫރު އުނގެނިވަޑައިގަތުމަށްޓަކައި (މިހާރުގެ އުރުދުންގައި އޮންނަ) ޖިރަޝުގައި ކަމަށްވާތީ އެވެ.
އަދި މިމަޢުލޫ ދަށުން ޢަސްކަރީ އާލަތްތަކުގެ އިތުރުން އޭގެ ހުނަރާއި ޢިލްމު އުނގެނުމުގެ ބާބު ވަދެއެވެ. އަދި އެތަކެތި ދިރާސާކޮށް ލިޔެ މަޖައްލާކުރުންވެސް މެއެވެ.
މުޙައްމަދު އައްސައްޔިދު ޙަސަން މުޙައްމަދު ވިދާޅުވިއެވެ:
”... ތަފާތު ޢިލްމީ މަޖައްލާތަކުގައި، ބަހުޘްތަކާއި ދިރާސާ ކުރުމުގެ ފަންނުގައިވާ ފިޔަ އަކީ އުއްމަތުގެ މައްޗަށް އެ އާލާތްކުރުން ޙައްޤުވެގެންވާ ފިޔައެކެވެ. އަދި އެބަލަހައްޓައި ރައްކައުތެރިކުރުންވެސް މެއެވެ. އެހެނީ މިއީ (ދުޝްމަނުންގެ) އަމާޒު އެއަކަށް އޮތް ފިޔައެކެވެ....
އަދި ﷲ ގެ މިބަސްވަޙީ ގެ މައްޗަށް އަހަރެމެން ޙައްޤުގޮތުގައި ކޮޅަށް ތެދުވުން ވަނީ މި(އެންމެހާ) ކަމަކުންނެވެ: ﴿ تُرْهِبُونَ بِهِ عَدُوَّ اللَّهِ وَعَدُوَّكُمْ وَآخَرِينَ مِنْ دُونِهِمْ لَا تَعْلَمُونَهُمُ اللَّهُ يَعْلَمُهُمْ ﴾ [الأنفال: 60] {އެކަމުގެ ސަބަބުން ﷲ ގެ عدوّ ންނާއި ކަލޭމެންގެ عدوّ ން ބިރުގެންނެވުމަށެވެ. އަދި މިމީހުން ފިޔަވައި އެހެންބަޔަކުވެސް ބިރުގެންނެވުމަށެވެ. އެބަޔަކު ކަލޭމެންނަކަށް ނޭނގެއެވެ. އެބަޔަކު ﷲ ދެނެވޮޑިގެންވެއެވެ.}
މިހެން ކަމުން މީގެ ކުރިޔަށް އާޔަތުގައި ވަޙީ ކުރެއްވީ: ﴿ وَأَعِدُّوا لَهُمْ مَا اسْتَطَعْتُمْ مِنْ قُوَّةٍ وَمِنْ رِبَاطِ الْخَيْلِ ﴾ [الأنفال: 60] {އަދި އެމީހުންނާ ހަނގުރާމަކުރުމަށް ބާރާއި (ހަތިޔާރުގެތެރެއިންނާއި) އަދި (ހަނގުރާމަމަތީ) އަސްބަނދެގެންނާއި މިހުރިހާ ގޮތަކުން ކުޅަދާނަވީހާ ވަރަކަށް ކަލޭމެން (مؤمن ން) ތައްޔާރުކުރާށެވެ! }
އެހެނީ މިއާޔަތުގައިވާ "القوة" (ބާރު) އަކީ ޢާންމު ލަފްޒެކެވެ. ވީމާ އޭގެ ދަށުން އެއަކުން ބާރު ލިއްބައިދޭ އެންމެހާ އެއްޗަކާއި ކަމެއް ދައުރުވެއެވެ. އޭގެ ބޭރުފުށުމާނަޔާއި މަޖާޒީކޮށްވެސް މެއެވެ.“
— މުޙައްމަދު އައްސައްޔިދު ޙަސަން މުޙައްމަދު (ބައްލަވާ)
📌 އަހަރެން ބުނަމެވެ: މި މައުލޫގެ ދަށުން ދިވެހިބަހުން އެކުލެވިފައިވާ މަދު ލިޔެކިޔުންތަކުގެ ތެރެއަށް، ސުން-ޒޫ ގެ ޢަސްކަރީ ފަންނުގެ ކްލެސިކް ފޮތް، (The Art of War) "ހަނގުރާމައިގެ ފަންނު" ދިވެހިބަހަށް ތަރުޖަމާކޮށް ޝާއިޢު ކުރުމުގައި މަސައްކަތް ކުރެއްވި އެންމެހާ އަޚުންނާއި އުޚްތުންނަށް ﷲ ހެޔޮޖަޒާލިޔުއްވައި އެއީ އެއަކުން، އެފަންނުގެ އަހުލުންނަށް ނަފާވަނިވި ފޮތެއް ކަމުގައި ލައްވާށިއެވެ.
~ ގަލަންދާނު
⬇️(ފޮތުގެ pdf)
✅❞ ޢިލްމުވެރިން ވިދާޅުވެތެވެ: މަގުފުރެދުމާއި ހަވާނަފުސުގެ މީސްތަކުންގެ އާދަތަކުގެ ތެރޭ ވަނީ:
1. ޚާއްޞަ (ޙުކުމްތައް) ޢާންމު އެޗެއްގޮތުގައި ގެނައުމެވެ.
2. ޢާންމު (ޙުކުމްތައް)، ޚާއްޞައިގެ ގޮތުގައި ގެނައުމެވެ.
3. އަދި މުޢައްޔަން (ވަކި ތަރަހައެއްގައިވާ ޙުކުމްތައް) މުޠްލަޤު (ތަރަޙައެއްނެތް) އެއްޗެއްގޮތުގައި ގެނައުމެވެ.
4. އަދި ކަމަކާއި ވައްތަރުނޫން ކަމެއް އެއާއި އެއްގޮތް ކުޅައުމެވެ.
5. އަދި އަޞްލުގައި ޙުއްޖަތަކަށް ނުވާ ކަންކަން، ޙުއްޖަތްގޮތުގައި ބޭނުން ކުރުމެވެ. ❝
— ޝެއިޚް ޙައްސާން ޙުސައިނުއް ޞޫމާލީ (ބަސްކޮޅު)
~ ގަލަންދާނު
⬆️ ޤުނޫތު ނާޒިލާ ކިޔުމުގެ ވަޤުތުތަކާއި އޭގައި ދެމިހުރުމުގެ މުއްދަތުގެ މައްޗަށް ޝެއިޚް ސުލައިމާން އަލްޢަލްވާން ގެ ރައުޔު.
~ ގަލަންދާން
•••
⏺އަސީރުންނަށް އެހީވުމީ ޖަންނަތުގެ އަހުލުންގެ ސިފަޔެކެވެ. އަދި އަންހެނުންނާއި އެވެރިންގެ ފިޔަދަށުގައިވާ ކުޑަކުދިން، މިކަމުގައި ޚާއްޞައެވެ. އަހަރެމެންގެ ލިޔުން "އަލް-ޙަޥްލް ގެ ނިދާ" ގައި {وَيُطْعِمُونَ الطَّعَامَ عَلَى حُبِّهِ مِسْكِينًا وَيَتِيمًا وَأَسِيرًا} — މިއާޔަތުގެ ތަފްޞީރާއިމެދު ވާހަކަ ދައްކާފައިވާނެއެވެ. އޭގައި ޢިލްމުވެރިންގެ ތެރެއިން ބައިގަނޑެއް ޖަންނަތުގެ އަހުލުންނަށް ނިސްބަތްވާ މި އޯގާތެރިކަމުގެ ޞިފައަކީ، މުސްލިމުންގެ އަތްދަށުގައިވާ ކާފަރުން ކަމުގައިވެސް ވިދާޅުވިއެވެ. އަދި ބައެއް ބޭކަލުން، އެއީ މުސްލިމުންގެ ތެރެއިންވާ އެންމެހާ އަސީރުން ކަމަށްވެސް ވިދާޅުވިއެވެ. ކުށާއިއެކު ނޫނީ ނުލައި ވިޔަސްވާ ހައްޔަރީންނެވެ.
އިސްލާމް ދީނަކީ ކުށަށް ޙައްޤު އަދަބުދީ އެހެނަސް އެކަމުގައި އަނިޔާވެރި ނުވާ އަދި ހައްދުފަހަނަ އަޅައި ނުދާ ދީނެކެވެ. އަދި އެއްފަހަރަށްވުރެ ގިނައިން އިތުރުއެކަލޭގެފާނުން ﷺ އަރިހުން ޙައްދު ގާއިމުކުރެވޭ ފަރާތަކާއި މެދު ބަދުބަސް ބުނެ އަނިޔާވެރިވުމާއިމެދު ނުރުއްސެވުން ވާރިދުވެފައިވެއެވެ. އެހެންކަމުން އަދަބެއް ކަނޑައެޅުމަށް ފަހު އޭގެ މައްޗަށް އަނިޔާވެރިވެ ރަޙުމްކުޑަކޮށް، އެވެރިންގެ ޙައްޤުތަކުން މަޙުރޫމް ކުރުމީ މިދީން ދަންނަ ޞިފަޔެއް ނޫނެވެ. އަދި އަހުލުބައިތުން ހައިހޫނުކަމުގައި ތިއްބަވައި ވެސް އަސީރުންގެ އާދޭހަށް އިޖާބަދެއްވިއެވެ. އަދިކިޔެއްތަ، ﷲ އެންގެވީ އަސީރުންގެ ބަނޑުފުރާނަ މުއްތި ކުޅައުމީ، ޖަންތުގެ އަހުލުންގެ ޞިފަޔެއް ކަމުގައެވެ.
ކެރިތިބެ އަހަރެމެންގެ އުޚްތުންނާއި ޅަދަރީންނަށް އޯގާތެރިވާށެވެ. ޙައުލްގެ އަސީރާއިންގެ ޙައްޤުގައި ވަކާލާތުކޮށް ބޭއިންސާފާއި އަނިޔަލުން ދިފާޢުކުރާށެވެ.
~ ގަލަންދާނު
📌
އެފަސް ޝަރުތަކީ މިއީކަން ދަނޭ
ޢަދުލްއިންސާފުއާ ރަހުމް އެކުލެވޭ
މުޚްލިޞްކަމާ މިޢިލްމުން ވެޔޭ
އުޑާބިމުގެ ރަހުމް، ތިބާޔަށް ވެޔޭ
~ ގަލަންދާނު
⬆️#އަރުޝީފް
• ހަށަން ބަނުމުގެ ޖަގަހައާއިމެދު، ޢަދުލުވެރި ބަޙުޘެއް •
މަޞްދަރު: ޝައިޚް އަލްމުޙައްދިޘް ޑރ. މާހިރު އަލްފަޙްލު ގެ ތަޢްލީޤާއި އެކު ޝާއިޢު ކުރެވިފައިވާ ޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އައްޠަރީފީ ގެ "ޞިއްފަތު ޞަލާތިއް ނަބިއްޔި ﷺ " ފޮތުގެ ޞ. 87 - 90
~ ގަލަންދާން
❞ ގިނަބަޔަކަށް ނޭނގޭ މަޢުލޫމާތެއް: ފަލަސްތީނަށް ޔަހޫދީން ވެއްދީ ކޮންބަޔެއްހެއްޔޭ؟ — އެއީ ޞަފަވީ ދަޥްލަތެވެ. ޔަހޫދީން ފަލަސްޠީނަށް ވަދެފައިވަނީ ޞަފަވީ ދަޥްލަތުގެ މަރުހަބާއާއި މަދަދާއި އެކުގައެވެ. ޞަފަވީ ދަޥްލަތަކީ، (ރާފިޟީ) އީރާން ގެ ދަޥްލަތެވެ. ❝
— ޝެއިޚް ސުލައިމާން ބްނު ނާޞިރަލް ޢަލްވާން
(އައްލިޤާއުލް މަފްތޫޙް 17 އިން، ބަސްކޮޅު)
~ ގަލަންދާން
📎 ނަޞާރާއިންގެ ކްރިސްމަހާއި އެވެރިންގެ އައު އަހަރާއި މެދު
①
- لا يجوز تهنئة النصراني بفرية ميلاد ابن الله، وإن هنأك بعيد اﻹسلام؛ ﻷن أحكام الله ليست مبادلة، فليس لك أن تعظم الصنم ﻷن الوثني دخل معك المسجد!
ﷲ ގެ ދަރިކަލުގެ މީލާދު (އުފަންދުވަސް) އޭ ބުނާ ބުހުތާނު ދޮގުގައި ނަޞާރާއިންނަށް ތަހުނިޔާ ކިޔުން ހުއްދަވެގެން ނުވެއެވެ. އެއީ އިސްލާމުންގެ ޢީދު ތަކުގައި ތިބާއަށް އޭނާ ތަހުނިޔާ ކިޔައިހެދިޔަސް އެވެ. އެހެނީ ﷲ ގެ ޙުކުމްފުޅުތަކީ ބައިއެޅޭ އެއްޗެއް ނޫނެވެ. ވީމާ ބުދަށް އަޅުކަން ކުރާ މީހެއް ތިބާއާއެކު މިސްކިތަކަށް ވަނީތީ ބުދަށް މާތްކޮށް ހިތުމެއް ތިބާއަށް ނުވެއެވެ.
- يوم ميلاد المسيح لا يثبت تحديده، والخلاف قائم لدى اﻷرثوذكس والكاثوليك إلى اليوم، فهم لم يحفظوا كتابهم، فكيف بحفظ ميلاد صاحب الكتاب!
ޢީސާގެފާނު ސީދާ އުފަންވެވަޑައިގަތް ދުވަސް ޘާބިތުވެފައި ނުވެއެވެ. އަދި އޮތޮޑޮކްސް އާއި ކެތޮލިކް ނަޞާރާއިން ދެމެދު މިކަމުގައި ޚިލާފު އަދާއިހަމައަށްވެސް އެބަ އޮތެވެ. ފަހެ އެވެރިންނީ އެވެރިންގެ ފޮތް ރައްކައުތެރިކޮށް ނުބެލެހެއްޓުނު ބައެކެވެ. އެހެންވީއިރު އެފޮތުގެ ސާހިބާގެ މީލާދު ރައްކައުކޮށް ބަލަހައްޓާނީ ފަހެ ކިހިނަކުން ހެއްޔެވެ؟
- يكاد يتفق آباء الكنيسة ومؤرخوها أن ميلاد المسيح حدد رسميا متأخرا بعد القرن الثالث للميلاد، وأن تحديده كان رمزيا لا توثيقا ليوم ثابت بيقين.
ކަނީސާގެ ކާބަފައި ވެރިން (ޗާޗް ފަރދާސް) އާއި މުއައްރިޚުން އިއްތިފާޤުވާގޮތުން، ޢީސާގެފާނުގެ މީލާދު ރަސްމީގޮތެއްގައި ކަނޑައެޅުނީ މީލާދީގޮތުން ތިންވަނަ ޤަރުނަށްވުރެންވެސް ފަހުންކަމެވެ. އަދި އެއީ ރަމްޒީ އެއްޗެއް ކަމާއި އެކަނޑައެޅުމަކީ ލިޔެކިޔުމުގެ މައްޗަށްވާ ޘާބިތު ޔަޤީން ދުވަހެއް ގޮތުގައި ނޫންކަމެވެ.
- في ميلاد المسيح يتذاكر النصارى بنوّته لله: {وَقَالُوا اتَّخَذَ الرَّحْمَٰنُ وَلَدًا، لَّقَدْ جِئْتُمْ شَيْئًا إِدًّا، تَكَادُ السَّمَاوَاتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ الْأَرْضُ وَتَخِرُّ الْجِبَالُ هَدًّا}.
ޢީސާގެފާނުގެ މީލާދުގައި ނަޞާރާއިން އާލާކުރަނީ ﷲ އަށް ދަރިންވާކަމެވެ. {وَقَالُوا اتَّخَذَ الرَّحْمَٰنُ وَلَدًا * لَّقَدْ جِئْتُمْ شَيْئًا إِدًّا * تَكَادُ السَّمَاوَاتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ الْأَرْضُ وَتَخِرُّ الْجِبَالُ هَدًّا}. ”(88) އަދި އެމީހުން ބުންޏެވެ. رحمن ވަންތަ ރަސްކަލާނގެ ދަރިކަލަކު ހިއްޕަވައިފިއެވެ. ދަރިކަލަކު إختيار ކުރައްވައިފިއެވެ. (89) (އޭ މިތިބަ ކާފަރުންނޭވެ!) ކަލޭމެން އެހެން ބުނެފިއްޔާ އެބުނީ ހަމަ ވަރަށްބޮޑުވެގެންވާ ބަހެކެވެ. (90) އޭގެސަބަބުން އުޑުތައް ފަޅަފަޅައިގެންދިއުން ގާތްވެގެންވެއެވެ. އަދި ބިންގަނޑު ކަނޑަކަނޑައިގެންގޮސް އަދި ފަރުބަދަތައް ހަލާކުވެ ކުދިކުދިވެ ތިރިވުން ގާތްވެގެންވާ ވަރުގެ ވާހަކައެކެވެ.“
- يُنزه النصارى رهبانهم عن الزوجة واﻷولاد، ويجعلون ذلك لله، تعالى الله عن ذلك علوا كبيرا .
އަނބީންނާއި ދަރީންގެ ފުށުން ނަޞާރާއިން އެވެރިންގެ (މާތް އަޅުވެރި) ރާހިބުން ވީއްލުވައެވެ. އެހެނަސް އެއުރެން ﷲ އަށް އެކަންތައް (އަނބީންނާއި ދަރީން ވުން) ލައްވުވައެވެ. އެފަދަކަމަކުން ﷲ އަރަހުށި ވޮޑިގެންވެ މާ މަތިވެރިވޮޑިގެންވެއެވެ.
- الزواج من الكتابية لا يلزم منه التهنئة بعيدها، فيجوز الزواج من ابنة قاتل أبيك، ولا تقبل فرحها بمناسبة القتل، وكذلك فرحها بولادة ابن لله تعالى!
އަހުލު ކިތާބީން ކުރެ އަންހެނަކާއި ކައިވެނި ކުރުމީ، އެކަނބުލޭގޭ ޢީދުގައި ތަހުނިޔާ ކިޔުން ލާޒިމު ކުރުވާ ކަމެއް ނޫނެވެ. ތިބާގެ ބައްޕަގެ މަރާލި ޤާތިލެއްގެ ދަރިޔާއި ކައިވެނި ކުރުން ތިބާއަަށް ހުއްދައެވެ. އެހެނަސް، އެޤަތުލުގެ މުނާސަބަތުގައި އެކަނބުލޭގެ ކުރާ އުފައު ބަަލައިގަތުމެއް ނުވެއެވެ. ހަމައެފަދައިން އަރަހުށި ﷲ އަށް ދަރިޔެއް އުފަން ވީތީ (ކަމަށް ދެކި) އޭނާވާ އުފަލުގައިވެސް މެއެވެ.
- تهنئة النصارى (بالكريسماس) لا تجوز باتفاق المذاهب اﻷربعة، ولا أعلم قولا مخالفا في هذه المسألة إلا في الزمن المتأخر، وهي أقوال لا يُعتد بها.
ނަޞާރާއިންނަށް "ކްރިސްމަސް" ގައި ތަހުނިޔާ ކިޔުން، ހަތަރު މަޛުހަބުގެ އިއްތިފާޤުން ހުއްދަ ވެގެން ނުވެއެވެ. އަދި މިއާއި ޚިލާފު ޤަޥްލެއް މިމައްސަލާގައިވާކަމުގައި އަހަރެންނަށް އެނގިފައި ނުވެއެވެ. އެއީ ފަހުގެ މިޒަމާނުގައި ފިޔަވައެވެ. އަދި (މިޒަމާނުގެ) މިޤަޥްލުތަކަކީ އެއަށް ބުރަދަނެއް އޮތް އެއްޗެއް ނޫނެވެ.
- تحريم تهنئة النصارى بعيدهم كعيد الميلاد لا يعني مقابلتهم بالتعنيف، بل يُتألف قلب العامي بدعوة لينة للتأمل بحقيقة هذا الرب المولود! تعالى الله.
ޢީދުމީލާދު (ކްރިސްމަސް) ފަދަ ދުވަސް ތަކުގައި ނަޞާރާއިންނަށް ތަހުނިޔާ ކިޔުން ޙަރާމް ވުމުގެ މާނައީ އެވެރިންނަށް އެއްޗެހިގޮވުމެއް ނޫނެވެ. އެހެނަސް، ޢާންމު މީހާގެ ހިތަށް މަޑުމައިތިރި ދަޢުވަތުން ގާތްވެ ކަނލާގެއެއް އުފަންވުމުގެ މިކަންތަކުގެ ޙަޤީޤަތާއިމެދު ފިކުރުހިންގުވުމެވެ. ﷲ އަރަހުށިވޮޑިގެންވެއެވެ.
=
“The silence of Muslims in supporting the oppressed in prisons, has encouraged the oppressors to excel their injustice in multiple forms. The female protestors are demanding some legitimate rights. So why are they accused of rebellion or sedition? It is upon the people of reason and consideration to hear the demands before they turn down the matter as something else.”
— Shaykh Sulaymān Al-'Alwān (text)
~ Galandān
🔻
••• ޤަވާޢިދު •••
«ޝަހާދަތުގެ ދެކަލިމަ ކިޔައި، އަދި އޭނާ ފުށުން އެކަނޑައިގެންދާ ކަމެއް އެނގިގެން ނުވާ މީހާ، ދާރުންކުރެ ކޮންމެ ދާރެއްގައި ހުއްޓަސް⁽¹⁾ ފަހެ އެފަދަ މީހަކީ: ދީން ފާޅުކުރާ، ޠާޣޫތަށް ކާފަރުވާ، ﷲ އަށް އީމާންވާ މީހެކެވެ.»
އަލްޢައްލާމާ، އިބްނު ހުބައިރާ رحمه الله، ”كلمة التوحيد“ ގައި ވިދާޅުވިއެވެ:
”އެއިން ލިބެނިވި ޖުމްލަވީ ފައިދާ އަކީ: މިކަލިމާގައި ޠާޣޫތަށް ކާފަރުވުމާއި، ﷲ އަށް އީމާންވުން ޝާމިލުވެފައި އޮތް ކަމެވެ. އެހެނީ ތިބާ (ބާޠިލު) ޢަޅުވެތިވުންތައް ނަފީކޮށް، ﷲ سبحانه އަށް އެއްބަސްވުން ހެކިކުޅާ ހިނދު، ތިބާ ތިވަނީ، ޠާޣޫތައް ކާފަރުވެ، ﷲ އަށް އީމާންވި މީސްތަކުންގެ ތެރެއިންނެވެ.“
— އަބޫ ސަލްމާން ޙައްސާން ޙުސައިނުއް ޞޫމާލީ (ބަސްކޮޅު)
~ ގަލަންދާނު
------------------------
[1] އެބަހީ: ހަރުބީ ކާފަރު ބިމެއްގައިވިޔަސް ނޫނީ އިސްލާމީ ބިމެއްގައި ވިޔަސްއޭ އެވެ.
📌❞ ފަލަސްތީނުގެ ޖިހާދަކީ މާތްވެގެންވާ ބިމެއްގެ ދިފާޢުގައި ކުރެވޭ ޝަރުޢީ ޖިހާދެކެވެ. ވީމާ އެތާގެ ސަރުކާރަކީ އަލްމާނީ ސަރުކާރެއް ކަމުގައި ވިޔަސް ނޫނީ ވެރިޔަކީ ޠާޣޫތެއް ކަމުގައި ވިޔަސް، މުސްލިމުންނާއި އެކު އެބައިމީހުންގެ ޢިއްފަތާއި މާތްވެގެންވާ ބިމުގެ ދިފާޢުގައި ހަނގުރާމަ ކުރުމަކަށް މަނަލެއް ނުވެއެވެ. ❝
— އައްޝައިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން (މަޞްދަރު)
~ ގަލަންދާނު
”އޮރިޔާންކާޑުގެ ދުނިޔެއަށް ގެނބިދިއުުން“
މިއީ ”އެޑިކްޓު“ ވާން ދިމާވާ ސައިންޓިފިކް ޙަޤީޤަތް ތަކާއި، އެއިން މިންޖުވުމަށް — އަދި ވަކިން ޚާއްޞަކޮށް އޮރިޔާންކާޑުގެ އެޑިކްޝަން އިން ސަލާމަތްވުމަށް އެކުލަވާލެވި ފައިވާ ވީޑިއޯ ސީރީސް އެކެވެ. މި ސީރީސްގެ އަޞްލު އެކުލަވާލައި، އިނގިރޭސިބަހުން ހުށަހަޅައިދީފައިވަނީ މަޝްހޫރު ދާޢީ އެއް އަދި މުއައްލިފެއް ކަމަށްވާ، ވާއިލް އިބްރާހީމް އެވެ.
މިސީރީސް ދިވެހިބަހަށް ތަރުޖާމާކޮށް އެކުލަވާލާފައިމިވަނީ ”ގަލަންދާނު“ ސޯޝަލް ޕުރޮޖެކްޓުގެ ދަށުންނެވެ. ހަފްތަވީ ގޮތެއްގައި ނެރުމަށް ހަމަޖެހިފައިވާ، މި ދިވެހި ސީރީސް ގައި، 16 އެޕިސޯޑް ހިމެނެއެވެ.
ނެކްސްޓްވެބް (NextWeb) އާއި ސިމިލާރވެބް (SimilarWeb) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެންމެ "ބައުންސް ރޭޓް" މަތި ގައުމުތަކުގެ ތެރޭގައި މުސްލިމުންގެ ބައިބޯކަން ގިނަ ގައުމުތައް ހިމެނެއެވެ. އެބަހީ އެ އޮރިޔާންކާޑު ސައިޓުތަކަށް ވަދެ ވުމާއިއެކު ވަގުތުން ވަގުތައް އެއިން ނިކުތުމުގެ (bounced out) ވުމުގެ ރޭޓެވެ. މީގެން ދޭހަ ކޮށްދެނީ އެތަކެތި ފެނި އޭގެ ޙަރާމްކަމުގެ ސަބަބުން އަވަހަށް ނިކުތުން ކަމުގައި މާނަކުރެވިދާނެއެވެ.
އަހަރެމެންގެ އުއްމީދަކީ، ހިމޭންކަމާއި އަނދިރި ކަމެއްގެ ތެރޭ އަހަރެމެންގެ މުޖުތަމައުގައި، ދީނަށް ބޯލަނބާ އަދި އެއާއި ދުރު މީހުންގެ ތެރޭގައިވެސް މޫވަދެފައިވާ މި، މީޑިއާ ނުވަތަ "ވާރޗުއަލް މަސްތު" އާއި މެދު ހޭލުން ތެރިކުރުވައި އެއިން މުޖުތަމައު ސަލާމަތް ކުރުމުގެ އެހީއެއް ފޯރުވުމެވެ. އަދި މިނުބައި ވިހައިގެ ސަބަބުން އިންސާނީ އިޖްތިމާޢީ އަދި އާއިލީ ދިރިއުޅުމަށް ކުރަމުންދާ އަސަރުތައް ނައްތާލުމެވެ. ދީނާއި ދުނިޔޭގެ ދުޅަހެޔޮކަމެވެ.
އާއިލާ އާއި ރައްޓެހިން ތެރޭ މިސީރީސް ޝެއަރކޮށް ފަތުރައިދިނުން އެދެމެވެ.
~ ގަލަންދާނު
❞ ﷲ تعالى ގެ ފޮތަށް ތަދައްބަރު ކުރުން ⁽¹⁾ ، އެއީ ޖުމްލަވީ ގޮތެއްގައި ކޮންމެ ފަރުދެއް މައްޗަށް ފަރުޟެކެވެ. ދެންފަހެ ތަފްޞީލީ ގޮތެއްގައި — އެބަހީ މުޅި ޤުރުއާން — ތަދައްބަރު ކުރުން، އެއީ އުއްމަތުގެ މައްޗަށް ކިފާޔަތު ފަރުޟެކެވެ.
މީގެ މައްޗަށްވާ ދަލީލުތަކުގެ ތެރެއިން ވަނީ، ﷲ تعالى، އެއިލާހުގެ ފޮތުގެެ މައްޗަށް ތަދައްބަރު ނުކުރާ މީހުން ކުށްވެރިކުރައްވާފައި ވުމެވެ. އަދި މިކަަމުގެ ޞިފަ ދެއްވާފައިވަނީ ކާފަރުންނާއި މުނާފިޤުންނަށް ކަމުގައި ވުމެވެ. ❝
— ޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)
~ ގަލަންދާނު
-------------------
[1] އޭގެ އާޔަތް ތަކުގެ މާނަ އާއިމެދު ވިސްނައި ފިކުރުހިންގުމާއި އެކު ކިޔުން
🔖 ❞ ޤަވާޢިދު: (ދީނީ) މައްސަލަތަކުގައި ކުށްޖެހޭ މީހާ ފާފަވެރިވުން ހުއްޓުވާ އަދި އޭނާ މައްޗަށް ތަކްފީރު މަނަޢުވުން ވަނީ ކުރުކޮށް 2 ޝަރުޠަކަށެވެ:
1. އެ ކުށް ޖެހޭ މީހަކީ އިޖުތިހާދު ކުރުމުގެ ފެންވަރުގެ މީހަކަށް ވުމެވެ. އެފެންވަރަކީ (މުޅި ދީނުގައި ނޫނަސް، އެ ވާހަކަދެކެވޭ) މަޢުޟޫ ގައި ވިޔަސް އެވެ. އެހެނީ ޖާހިލަކީ އިޖުތިހާދުކުރުމަުގެ އަހުލުން ތެެރެއިން ނުހިމެނޭ މީހެކެވެ. ވީމާ ކުށްޖެހޭ މީހާ ޢަފޫވުމުގެ ޢާންމު ދަލީލުތަކުގެ ނިވަލަށް އޭނާ ނުލެވެއެވެ.
2. އެ މައްސަލައަކީ އޭގައި އިޖުތިހާދު ކުރެވުން އެކަށޭނޭ މައްސަލައަކަށް ވުމެވެ. އެއީ ދަލީލުގައި އޮޅުންއެރުން އޮތުމުގެ މައްޗަށެވެ. އެއީ އެކަމަކީ (ޢިލްމުވެރިންތެރޭ) ޚިލާފު އޮތް ނޫނީ ނެތް މައްސަލައެއް ވިޔަސް އެވެ.
އަދި ޢިލްމުވެރިން ގާތު އެކަމުގައި "އިޖުތިހާދު ވެވޭ" އެއްޗަކީ: ޤަޠަޢީ (އަރައިރުމެއް ނެތް) ކޮންމެ ޝަރުޢީ ޙުކުމެކެވެ. މިސަބަބަށްޓަކައި ބުނެވެޔޭ: لا اجتهاد في موارد النص (ނައްޞެއް ވާރިދުވެފައިވާ ހިނދު އިޖުތިހާދެއް ނުވެއެވެ.) — އެބަހީ: ޤަޠަޢީ ނައްޞެއް އޮތުމެވެ. — ނައްޞެއް އޭގެޒާތުގައި އޮތަތީއެއް ނޫނެވެ.❝
— ޝެއިޚް ޙައްސާން ޙުސައިނުއް ޞޫމާލީ (ބަސްކޮޅު)
~ ގަލަންދާނު
❕ ރަވާތިބު ސުންނަތާއި ފަރުޟު ނަމާދު ކުރާ ޖަގަހަ ތަފާތުކުރުން
”ސުންނަތް ނަމާދު ކުރާތަން ފަރުޟުނަމާދު ކުރާތަނުން ބަދަލުކުރުން ޝަރުޢުވެގެންވެއެވެ. ﷲ تعالى ގެ ބަސްވަޙީ ގައި އައިސްފައި ވެއެވެ: ﴿ يَوْمَئِذٍ تُحَدِّثُ أَخْبَارَهَا ﴾ (އެދުވަހުން- (ޤިޔާމަތްދުވަހުން-) އެބިން އެބިމުގެ ހުރިހާ ޚަބަރެއްގެ ވާހަކަ ކިޔާނެއެވެ.)
ބިންގަނޑު އެތަނެއްގައި ކުރެވުނު ކަންތަކުގެ ޚަބަރު ދޭނޭ ވާހަކައެވެ. ހަމައެފަދައިން، މުޢާވިޔާ -رضي الله عنه- ގެ ޙަދީޘް ގައި⁽¹⁾ އައިސްފައިވެޔޭ، ނަބިއްޔު ﷺ ތިމަންނާމެންނަށް އަމުރުކުރެއްވިޔޭ: އެހެންޏާ ވާހަކައެއް ނުދައްކައިލާ ނޫނީ (މިސްކިތުން) ބޭރުވެނުލައި، އެއްނަމާދަށްފަހު އެހެން ނަމާދެއް ނުގުޅުވާށޭ އެވެ.“
— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)
~ ގަލަންދާނު
-----------------
[1] އަދި މުޢާވިޔާ މިރިވާޔަތުގައި ނަޤުލުކުރެއްވީ، ހުކުރުން ސަލާމް ދިނުމާއިއެކު ތެދުވެ ސުންނަތް ކުރެއްވި ބޭކަލެއް ފެނިވަޑައިގަތުމާއި ވިދިގެންނެވެ. ޙަދީޘް ގެ އަޞްލު (މުސްލިމް 883)
ކަމެއްގައި ޚިލާފު އޮތުމަކީ އޭގެ ޒާތުގައި އެކަމަކީ އިޚްތިޔާރީ ކަމަކަށް ވުމެއް ނޫނެވެ.
”ގިނަ ބަޔަކު ހީކުރާގޮތުގައި، (ދީނީ) މަސްއަލަތަކުން މަސްއަލައެއްގައި ޢިލްމުވެރިން މެދުގައި ޚިލާފު އޮތުމުގެ މައްޗަށް އެކަނި، މުސްލިމަކަށް އެކަމުގައި އޭނާ ހިތްއެދޭ ގޮތެއް ޚިޔާރު ކުރުން ހުއްދަކަމުގައެވެ. މިއީ — ޚުދު އިޚްތިލާފުވެވަޑައިގަންނަވާ ދެފަރާތުގެ ޢިލްމުވެރިންގެ އިޖުމާޢިން ވެސް — ކުށެކެވެ. އިމާމުން އަރިހުން މިބީދާއިން ބަސްފުޅު ވާރިދުވެފައި ވެއެވެ. އެއީ އަޙްމަދާއި¹ އަލްބުޚާރީ² އާއި އައްޝާފިޢީގެ ޞާޙިބު — މުޒަނީ³ އާއި، އިބްނު ޙަޒަމާއި⁴ އިބްނު ޢަބްދުލް ބައްރާއި އައްޝާޠިބީ⁵ އާއި އަބުލް ފަރަޖް ބްނުލް ޖަޥްޒީ⁶ އާއި އަލްޚައްޠާބީ އާއި އިބްނު ތައިމިއްޔާ⁷ އަދި އެނޫން ބޭފުޅުންގެ އަރިހުން އައިސްފައިވާ ފަދައިންނެވެ.
އިބްނު ޢަބްދުލް ބައްރު ވިދާޅުވިއެވެ: ”ޚިލާފަކީ (އޭގެ ޒާތުގައި) ޙުއްޖަތެއް ނޫން ކަމުގައި މުސްލިމުތަކުން ވަނީ، އިޖުމާޢުވެފައެވެ. އަދި އެހިނދުގައި އޭގެން ޙައްޤު ދެނެގަތުމަށްޓަކައި ލާޒިމުވަނީ، ދަލީލާއި ޙުއްޖަތަށް ބެލުންކަމުގައިވެސް (އެއުރެން އިޖުމާޢުވި) އެވެ.“⁸ އަދި "އަލްޖާމިޢު" ގައި ވިދާޅުވިއެވެ: ”އުއްމަތުގެ ފިޤުހުވެރިން ގާތުން އުނގެނިފައި ހުރި އެކެއްގެ ގާތުގައިވެސް، އިޚްތިލާފަކީ (އޭގެ ޒާތުގައި) ޙުއްޖަތެއް ނޫނެވެ. އެހެނަސް މިއީ އެމީހަކަށް ފެނުމެއް ނުވާ، ދެނެގަނެވުމެއް ނުވާ މީހަކަށް މެނުވީއެވެ. އަދި އެފަދަމީހާގެ ބަހުގައި ބުރަދަނެއް ނުވެއެވެ.“⁹
އަދި އަލްޚައްޠާބީ ވިދާޅުވިއެވެ: ”އިޚްތިލާފަކީ ޙުއްޖަތެއް ނޫނެވެ. އަދި ދެޚިލާފެއް (އަންނަދަނޑި ވަޅުގައި) އޭގެ މައްޗަށް ވާ ޙުއްޖަތަކީ: ސުންނަތުގެ ދަލީލެވެ.“¹⁰
އަދި (ވަކި ގޮތަކަށް) ތިމަންނާ ހިފާނީ، އިޖުމާޢު އޮތް ގޮތް ތަކުގައި އެކަންޏޭ ބުނެ ދައުވާ ކުރާމީހާ، ދަންނައެ، އިޖުމާޢު އައިސްފައިވާ ކަންކަމުގެ ތެރެއިންވެޔޭ: ޚިލާފު އޮތުމަކީ، ފިގުހުވެރިޔާއަށް ތަޤްލީދުކޮށް ސާފު ދަލީލު އެއްލާލުމަށް އޮތް ހުއްޖަތެއް ނޫން ކަން. މިކަމުގެ މައްޗަށް ހަތަރު އިމާމުން އަރިހުން ބަސްފުޅު އައިސްފައިވެއެވެ. މީގެ ސަބަބަކީ، ކަމެއްގައި ހަމައެކަނި ޚިލާފު އޮތަތީވެ، މިފަދަ މީހާ، (ކޮންމެ އަތަކަށްވިޔަސް) އެކަން ކުރުން ހުއްދަވުމުގެ މައްޗަށް ދަލީލެއް ވާރިދުވެފައި އޮތްފަދައިން ހެދުމެވެ. އެއީ މިވެނި ކަމަކީ ހުއްދަ އެއްޗެކޭ ނޫނީ ޙަރާމް އެއްޗެކޭ ބުނަން ޚާއްޞަ ދަލީލެއް އައުމުން ވާ ފަދައިންނެވެ. އަދި މިއީ (ކަމެއްގައި) ޚިލާފު އޮތުމުގެ މައްޗަށް ނުބައި ނުރައްކާތެރި ފަހުމެކެވެ. އެހެނީ، ފިޤުހުވެރީންގެ ބަސްފުޅުތަކަކީ އޭގެ ޒާތުގައި ދަލީލުތަކުގެ މަޤާމުގައިވާ އެއްޗެއް ނޫނެވެ.“
— ޢަބްދުލް ޢަޒީޒް އައްޠަރީފީ (ޢަލްޙިޖާބު ފިއްޝަރްޢި ވަލްފިޠްރަތި، ޞ. 84، 85)
~ ގަލަންދާނު
----------------------
(1) فتاوی ابن تيمية» (۲۱۲/۲۰).
(2) (صحيح البخاري (٢٦٨١/٦) .
(3) نقل كلامه ابن عبد البر في جامع بيان العلم وفضله» (۹۲۲/۲)
(4) انظر: «الإحكام» (٦٤/٥ - ٧٠) .
(5) انظر: «الموافقات (٩٢/٥ - ٩٧) .
(6) تلبيس إبليس» (ص (۸۱)، و نواسخ القرآن» (ص ۸۳۱).
(7) انظر: مجموع الفتاوى» (١٠ / ٤٧٢ - ٤٧٣) .
(8) «التمهيد» (١ / ١٦٥) .
(9) جامع بيان العلم وفضله» (۹۲۲/۲).
(10) انظر : أعلام الحديث (۲۰۹/۳) .
🔴ހިޝާމް އަލްބިޔަލީ އަކީ ތެދުވެރި ނަޞޭޙަތްތެރިއަކަށް ވެގެންހުރި ޒިންދީޤެއް ހެއްޔެވެ؟
(މިޞްރުގެ އިރުޖާ⁽¹⁾ ފިކުރުގެ ދާޢީއެއް ކަމުގައިވާ ހިޝާމް އަލްބިޔަލީ ވަނީ ޔަހޫދީންގެ ޢުދުވާނާއި ދެކޮޅަށް ކުރެވޭ ޖިހާދު ހުއްޓައިލުމަށް ގޮވާލައި، "ސުންނަތާއިގެން ޖިހާދު ކުރާށޭ" އަދި "ހަތިޔާރުގެ ޖިހާދަށްވުރެ" އެކަން މަތިވެރިކަމަށް ބުނެ، ޔަހޫދީ ޢުދުވާނާއި ދެކޮޅަށް ކުރެވޭ ޖިހާދުން ވަގުތުން ރުޖޫޢަވުމަށް ގޮވާލާ ވީޑިއޯއެއް ޝާއިޢުކޮށްފައެވެ.)
”މިޞްރުގެ ހިޝާމް އަލްބިޔަލީ ވާހަކައިގެ އަމާޒަކީ، ޣައްޒާގެ އަހުލުން ތެދުވެފައިވާ ﷲގެ މަގުގައިވާ ޖިހާދު ކުރުމާއިމެދު ކަމުގައިވާނަމަ، އޭގެ މައްޗަށް:
• (ހަތިޔާރު ދޫކޮށް ސުންނަތަށް އަންނާށޭ) އޭނާ ދައުވާ އެކުރަނީ، ޖިހާދަކީ - ޢާންމު މާނައިގައި - ޝަރުޢީ ސުންނަތް ތެރެއިން (އެބަހީ: އިސްލާމީ ޙުކުމްތަކުގެ ތެރެއިން) ނުހިމެނޭ އެއްޗެކޭ ނަމަ، އޭނާ ކުފުރު ވެއްޖެއެވެ. އެހެނީ ޖިހާދަކީ ދީނުގެ އަސާސީ މިންވަރުން (ކޮންމެ މީހަކަށް) އެނގޭން އޮތް ސުންނަތް (ދީނުގެ ޙުކުމެއް) ކަމުގައި ވުމެވެ.
• "ސުންނަތޭ" އޭނާ ނިސްބަތް އެކުރަނީ، މުސްތަޙައްބު ކަންކަމުގެ މާނައިގައި ނަމަ، އަދި އެފަދަ ސުންނަތްތައް، ދިފާޢީ ޖިހާދަށްވުރެ ފަޟުލުވެރި ކަމަށް އޭނާ ބުނާނަމަ، މިބުނުމުގައިވެސް އޭނާ ކުފުރުވެއްޖެއްވެ. އެހެނީ އެފަދަ ސުންނަތް ތަކަށްވުރެ ދިފާޢީ ޖިހާދު ފަޟުލުވެރި ވެގެންވާ ކަމަށް، މުސްލިމުން ވަނީ އިޖުމާޢުވެފައެވެ. މިއާއިއެކު، އޭގެ ފަޟުލުވެރިކަމާއިމެދު ޤުރުއާނުގައިވާ ޤަޠަޢީ (އަރައިރުމެއް ނެތް) އާޔަތްތަކާއި އަލިގަދަ މުތަވާތިރު (އެތައް މަގަކުން އެތައް ބޭކަލެއް މެދުވެރިކޮށް ރިވާވެފައިވާ) ޚަބަރު ތައްވެސް ހުރީއެވެ.
އަދި މިއީ އޭނާ ޖިހާދާއި ސުންނަތް، މިދޭތި މުޑިއަރުވައި އެޖަމްޢުކުރުން މަނައުކުރާ ކުރުން އެއްކިބާކޮށެވެ. މިކަމަކީ އެއްވެސް ބުއްދިހުރި މީހަކާއި ޖާހިލެއްވިޔަސް ބުނުން އެކަށީގެން ނުވާ ބުނުމެކެވެ.
އިބްނު ތައިމިއްޔާ ވިދާޅުވިއެވެ: ”މުއުމިނަކަށް ތިން ޢަދުއްވެއް ވެއެވެ: އެއީ އިންސީންނާއި ޖިންނީންނާއި ހައިވާނުންގެ ޝައިޠާނުންނެވެ. އަދި ނަމާދުގައި މިތިނެއްޗާއި ޖިހާދުކުރުން ސުންނަތުން ވާރިދުވެފައިވެއެވެ. އެހެންކަމުން އޭގައި އޭނާގެ ރައްބަށް އޭނާ މުނާޖާ ދެންނެވުމާއި، އެންމެހާ ހައިވާނެއްގެ ޢަދުއްވުން ފުށުން ދިފާޢުވުން ޖަމަޢަވެއެވެ." (އަޅުކަންތައް ޖަމަޢަވާކަން މީގެން ދޭހަވެއެވެ.)
މިއިން ކުރެވުނު ސުވާލުގެ ޖަވާބު ސާފެވެ. އަދި މަގުފުރެދުންވެސް މެއެވެ: ފަހެ ހިޝާމް އަލްބިޔަލީ އަކީ ތެދުވެރިޔެއްގެ ސިފައިގައިވާ ޒިންދީގެކެވެ.
އަބޫ މުޙައްމަދު އިބްނު ޙަޒަމް (456ހ) ވިދާޅުވިއެވެ: ”ކާފަރުންނާއި ޖިހާދު މަނައު ކުރުމާއި، މުސްލިމުންގެ ޙަރިއްމަ ކާފަރުންނަށް އަމާންދިނުވުމަށްވުރެ ބޮޑުފާފައެއް، ކުފުރަށްފަހު ނުވެއެވެ.“
ޝެއިޚުލް އިސްލާމް (728ހ) ވިދާޅުވިއެވެ: ”ދެންފަހެ ދިފާޢުގައި ކުރެވޭ ހަނގުރާމަ، ދަންނައެ، އެއީ އަރައިގަންނަ ޢަދުއްވުގެ ފުށުން [ޢިއްފަތާއި ލޭގެ] ޙުރުމަތް އަދި ދީން ދިފާޢު ކުރުމުގެ އެންމެ ވަރުގަދަ ވައްތަރެވެ. ފަހެ އެކަމަކީ އިޖުމާޢުއިން ވާޖިބެކެވެ. އެހެންކަމުން ދީނާއި ދުނިޔެ ފަސާދަކުރަނިވި ޢުދުވާންދޭ ޢަދުއްވުފުށުން، ދިފާޢުވެރި ވުމަށްވުރެ އިސްވެގެންވާ ވާޖިބެއް، އީމާން ކަމަށްފަހު ނުއޮވެއެވެ. ވީމާ އެކަމުގައި [ހުރަސްއެޅޭ] އެއްވެސް ޝަރުޠެއް ނުވެއެވެ. އަދިކިޔެއްތަ، ވީކޮންމެ ގޮތަކުން ވަނީ ދިފާޢު ވުމެވެ.“
އަދިވެސް އެކަލޭގެފާނު رحمه الله ވިދާޅުވިއެވެ: ”ކަނޑިން ވިޔަސް، ލޮންސިން ވިޔަސް، ނޫނީ ތީރުންވިޔަސް ނޫނީ އޮއްގަލުންވިޔަސް، ނޫންނަމަ ލަޓިބުރިންވިޔަސް، މުސްލިމުންގެ ތެރެއިން ކާފަރުންނާއި ހަނގުރާމަ ކުރާ ކޮންމެ މީހަކީ، ދަންނައެ، ﷲ ގެ މަގުގައިވާ މުޖާހިދެކެވެ.“
ބަލައިހޯދާ: އިބްނު ޙަޒަމް ގެ "އަލްމުޙައްލާ" (7 /300)، އިބްނު ތައިމިއްޔާގެ "އަލްފަތާވާ އަލްކުބްރާ" (5/ 538) އަދި "މަޖްމޫޢުލް ފަތާވާ" (28/ 316)، އަދިވެސް އިބްނު ތައިމިއްޔާގެ "ޖާމިޢުލް މަސާއިލް" (6/ 317).
— ޝެއިޚް ޙައްސާން ޙުސައިނުއް ޞޫމާލީ (ބަސްކޮޅު)
~ ގަލަންދާނު
-------------------
[1] މީނާ އަކީ މިޒަމާނުގެ މުރުޖީ ފިކުރުގެ މަދުޚަލީން ތެރެއިން ބައިވެފައިވާ ގޮތްޕެއް ކަމަށްވާ ޙައްދާދީ ފިކުރުގެ މީހެއް ކަމުގައި މިޞްރުގެ މަދުޚަލީން ބުނެފައިވެއެވެ.