🔴 އިތުރުކަލޭގެފާނު ނަމާދު ކުރެއްވިފަދައިން ނަމާދު ކުރުމަށް ކުރެއްވި އަމުރުފުޅުގެ މާނަ
❞ އިމާމް އަލްބުޚާރީ رحمه الله تعالى ގެ ޞަޙީޙުގައި، އައްޔޫބުގެ މަގުން، އަބީ ޤިލާބާ ގެ އަރިހުން މާލިކު ބުނުލް ޙުވައިރިޘް رَضِيَ ٱللَّٰهُ عَنْهُ އަރިހުން ވާރިދުވެފައި ވެޔޭ: ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ:
«صَلُّوا كَمَا رَأَيْتُمُونِي أُصَلِّي» ”ތިމަންކަލޭގެފާނު ނަމާދު ކުރައްވަނިކޮށް ތިޔަބައި މީހުންނަށް ފެނުނު ގޮތަށް ތިޔަބައި މީހުން ނަމާދު ކުރާށެވެ“. ⁽¹⁾
ވީމާ ނަމާދުގެ އަޙުކާމުތަކުގައި އައު އެއްޗެއް ލެވުން ނުވެއެވެ. ވަނީ ﷲ ގެ ފޮތުގައި އައިސްފައިވާ އެއްޗެކެވެ. އަދި ރަސޫލު ﷲ ﷺ ގެ ދޫފުޅުން މަތިން އައިސްފައިވާ އެއްޗެކެވެ.
އަދި އިތުރުއެކަލޭގެފާނުން ގެ ޤަޥްލު: (ނަމާދު ކުރާށޭ) "صلوا" ، މިއީ އަމުރެކެވެ. އަދި އަމުރުތަކުގެ އަޞްލަކީ އެކަމެއް ވާޖިބު ތެރެއަށް ލެވުމެވެ.
އެހެނަސް މިޙަދީޘުގެ މާނައަކީ ނަމާދުގެ އެންމެހާ ޛިކުރުތަކާއި ޙަރަކާތްތަކެއް ވާޖިބުވުމެއް ނޫނެވެ. މިކަން އަހަރެމެން ދަނެގަންނަނީ މިނޫން ދަލީލުތަކުގެ ފުށުންނެވެ. އަދިކިއެއްތަ މިޙަދީޘުގެ މާނައީ، ނަމާދުގައި އައުކަންކަން ނުގެނައުމެވެ. ވީމާ ތިޔަބައިމީހުންނަށް ޝަރުޢުވެވުނު ތަކެއްޗަށްވުރެ، އަދި ރަސޫލު ﷲ ﷺ ސުންނަތް ކުރެއްވި ތަކެއްޗަށް ވުރެ އިތުރު ނުކުރާށެވެ. އަދި އަޅުވެތި ވުމެއް ކަމުގައި ދެކޭ ނަޒަރުގައި އެއިންކަމެއް މަދުވެސް ނުކުރާށެވެ.⁽²⁾ އަދި އޭގެ ވާޖިބުތަކާއި ރުކުންތަކުން އެއްވެސް އެއްޗެއް ދޫކޮށްލުމީ ޖާއިޒުކަމެއް ގޮތުގައި ނޫނީ މައްސަލައެއް ނޫން ކަމުގައި ދެކި ދޫކޮށް ނުލާށެވެ.⁽³⁾ ❝
— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން (މަޞްދަރު)
~ ގަލަންދާނު
--------------------
[1] ރިވާކުރެއްވީ: މާލިކު ބުނު އަލްޙުވައިރިޘު އަރިހުން: އައްޝާފިޢީ «މުސްނަދު» (٢٩٤) ގައި، އަޙްމަދު ٥/ ٥٣، އައްދާރިމީ (١٢٥٣)، އަލްބުޚާރީ (٦٣١)، އައްޠަޙާވީ «ޝަރްޙުލް މުޝްކިލް» (١٧٢٥) ގައި، އިބްނު ޚުޒައިމާ (٣٩٧)، އިބްނު ޙިއްބާން (١٦٥٨)، އައްދާރަޤުޠުނީ ١/ ٢٧٢، ٢٧٣، އަލްބައިހަޤީ ٢/٣٤٥، އަދި އަލްބަޣަވީ (٤٣٢)
[2] އެބަހީ: ނަމާދުގެ ސުންނަތް ތަކުގެ ތެރެއިން ސުންނަތެއް ދޫކުޅައުން ހުއްދައެވެ. އަދި މިޙަދީޘުގެ އަމުރުގެ ތެރެއަށް އެ ނުވަދެއެވެ. އަދި ކިއިއެއްތަ، އެކި ޙަދީޘުތަކުން އެއްމަޤާމެއްގައި ތަފާތު ސުންނަތްތައްވެސް ވާރިދުވެފައި ވެއެވެ. އަދި އެކަމުގައި އިޚްތިޔާރު އިންސާނާއަށް ލިބިގެން ވެއެވެ. އެހެނަސް އެ ސުންނަތުގައި ނުހިފުމީ ދީންވެރިވުމެއް ގޮތުގައި ދެކި ދޫކުޅައުން ހުއްދަ ނޫން ކަމެވެ. އެހެނީ އޭރުން ނަމާދުގައި އިތުރުއެކަލޭގެފާނުން އަރިހުން ޘާބިތުވެފައިވާ ކަމެއް، ނެތްކަމެއް ގޮތުގައި އޭނާ ކަނޑައަޅައި މަދުކުރީތީއެވެ. އަދި މިއީ ނަމާދަށް އައުކަމެއް (ބިދުޢައެއް) ގެނައުމެވެ.
[3] އެބަހީ: ދެބަސް ވުމެއްނެތް ވާޖިބުތަކާއި ރުކުންތައް، ނުވަތަ އޭނާ ޤަބޫލުކުރާ ނާމާދުގެ ވާޖިބުތަކުން ވާޖިބެއް، ދޫކޮށްލިޔަސް ނަމާދުގައި މައްސަލައެއް ނުވާކަމަށް ދެކުމެވެ. އަދި އެކަން މިޙަދީޘުން މަނައުކުރާ ކަމެވެ. އަދި އަމުރުފުޅާއި ޚިލާފުވާ ކަމެވެ. މިއާ ޚިލާފަށް، އެވާޖިބަކީ ޢިލްމުވެރިންތެރޭ ޚިލާފު އޮވެ ސުންނަތެއް ކަމުގައި ބެލެވި އެގޮތަށް ދެކިގެން ދޫކޮށްލުން، ފަހެ މިކަން މީގައި ނުހިމެނެއެވެ. މިޘާލަކަށް ތަކްބީރާއި ތަސްބީޙަ ތަކަކީ ސުންނަތް ކަމުގައި އޮތް ޚިލާފު ފަދައެވެ. އަދި ޖަހުރިއްޔަ ނަމާދުތަކުގައި އިމާމު މީހާ ފަހަތުގައި ފާތިޙާ ސޫރަތް ކިޔުމުގެ މައްޗަށް އޮތް ދެބަސްވުން ފަދައެވެ. الله أعلم.
❝ Slandering the scholars of Muslims as a common practice, is kufr and deviance from the religion. And slandering a specific scholar unrightfully, is foolishness and a lack of religiosity. And if it is done rightfully — with akhlāq and sincerity: it is from the sincere religious counseling. Nevertheless, those who indulge in denouncing the two shaykhs — Al-Nawwawī and Ibn Ḥajar — in our time, are mostly heretics (mul'ḥidūn) and Zanādīqah ❞
— Shaykh Ḥassān Ḥussayn Al- Ṣūmālī (source)
~ Galandān
#حديث_ضعيف
ʿAbdul Malik said: “I asked my father about the authenticity of the ḥadīth (Oh Allah, bless us in Rajab and Shaʿban, and let us reach Ramaḍān)?
He (Al-ʿAlwān) replied:
❝ This ḥadīth is recorded in Al-Bazzār, and Al-Ṭabarānī in Al-Awsaṭ, Al-Bayhaqī in Al-Shuʿab, Ibn ʿAsākir and others, from the ḥadīth of Anas. It is a Munkar (denounced) report. Rajab is one of the sacred months, and there is nothing authentic on its virture other than this.
As for Shaʿban, the Prophet ﷺ used to fast a lot and fast most of it. This is preserved from the Prophet ﷺ from aḥādīth in the (books of) Ṣaḥīḥ. As for the aḥādīth narrated regarding the night of the middle of Sha’ban, they are weak, and to strengthen them by joining the different paths: there is a disagreeable view on it. ❞
~ Galandān
••
❞ އަވަށްޓެރިން ކަމުގައި ބެލެވޭ މިންގަނޑާއިމެދު އަލްޙަސަން (އަލްބަޞްރީ) ވިދާޅުވިއެވެ: ”ކުރިމައްޗަށް ސާޅީސް ގޯއްޗެވެ. ފަހަތަށް ސާޅީހެވެ. ކަނާއަތަށް ސާޅީހެވެ. އަދި ވާއަތަށް ސާޅީހެވެ.“
⬅️ ނަބިއްޔު ﷺ އަރިހުން އަވަށްޓެރިންގޮތުގައި (އަދަދުކުރުވޭ) މިންވަރާއިމެދު އެއްވެސް ޚަބަރެއް ޘާބިތުވެފައި ނުވެއެވެ. އެކަން ރުޖޫޢަވުން ވަނީ އެބައެއްގެ އާދަކާދައަށެވެ.❝
— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)
~ ގަލަންދާނު
④
(އެއީ އެކަކަށް ވުރެ ގިނަ މީހުން އޭނާ ފުށުން ރިވާ ކުރިޔަސް އޭނާގެ އިތުބާރާއި މެދު ކާކުކަމާއިމެދު އެނގިފައިނުވާ ރާވީއެވެ.).
އެހެނީ، މަޖްހޫލުލް ޢައިން ގެ ރާވީއެއް ޤަބޫލުވެވޭ އެއްވެސް ޙާލަތެއް، އަދި އެއްވެސް ދަރަޖައެއް ނުވެއެވެ. އަދި މިއިން އިސްތިޘްނާ ވަނީ އަޞްޙާބުންނެވެ. عليهم رضوان الله. ދެންފަހެ މަޖްހޫލުލް ޙާލް ގެ ރާވީން، އޭނާގެ ޖީލު ފަސް ވާ ވަރަކަށް އިމާމުން އޭނާގެ ބޭނުން ނުހިއްޕަވައެވެ. އަދި އަޙްކާމުގެ ޙަދީޘު ތަކުގައި އެބޭފުޅުން އޭނާ ނުހިމަނުއްވައެވެ. މިހެނީ، ޖަހާލާތުލް ޙާލުގެ ރާވީން (ޖީލު) ފަސްވާ ވަރަކަށް ޖަހާލަތުލް ޢައިން އާއި އެއްގޮތްވެއެވެ. މިކަން އިމާމުން ގެންގުޅުއްވާ ހަމަތަކާއި ވައްޓަފާޅިން ހާމަވެއެވެ. އެއީ އޭނާގެ ޒަމާން ފަސްވާ ވަރަކަށް އޭނާގެ މަޖުހޫލުކަން ގަދަކުރެއްވުމެވެ. އެހެންކަމުން ފަސް ވުމަކީ ރާވީގެ މައްޗަށް ތުހުމަތު ކުރެވުމުގެ ދަލީލެކެވެ.
، فإن تأخرها دليل على اتهام الراوي، فإن الرواة لا يضمرون أسماء الشيوخ إلا وفيها مطعن.
ހަމައެފަދައިން، ސަނަދުގައި މިޘާލަކަށް متروك (ބަލައިގަނެވުން ނުވާ) ނުވަތަ واهٍ (އިންތިހާ ކުށްގިނަ ޟަޢީފު) ނުވަތަ އިމާމުން "އިންތިހާ ބަލިކަށި" ކަމުގައި ޞިފަކުރައްވައި ކަނޑައަޅުއްވާފައިވާ މީހުން، އަދި ކޮބާ ދޮގުވެރިން ގޮތުގައި ޞިފަކުރައްވާފައިވާ ނޫނީ ތުހުމަތު ކުރައްވާފައިވާ މީހުން، ފަހެ ޢިލްމުވެރިން މިބައި (ލުޔެއް ނުދެވޭ) ވަކި އުޞޫލެއް ތެރެއަށް ލައްވަވައެވެ. ޖަރަޙައިގެ ޢިލްމުގައި އެވެރިންނަށް ބޭނުންކުރައްވާ ލަފުޡު ތަކާއި އުޞޫލުތައް ތަފާތުވެގެންވެއެވެ.
ހަތަރުވަނައީ: ރަސޫލު ﷲ ﷺ އަށް ޞަރީޙަކޮށް އެރިވާޔަތް (ނިސްބަތްވާ ހެން) ކަނޑަނޭޅުމެވެ. އެބަހީ: ކަށަވަރުވާފަދައިން އެކަލޭގެފާނުގެ ނަންފުލު ނުގަތުމެވެ. އެހެނަސް ބަލިކަށިކަން ރަމްޒުކޮށްދޭ ޞީޣާއެއްގައެވެ. އަދި ކަށަވަރު ޞީޣާއެއްގައި ބުނާނަމަ އޭގެ ފަހަތުން މިޙަދީޘުގެ ބަލިކަށިކަން ބަޔާން ކުޅައުމެވެ. މިޘާލަކަށް: ރަސޫލު ﷲ ﷺ އަރިހުން އައިސްފައިވެޔޭ ނުވަތަ ވިދާޅުވިޔޭ، ދެން އެއަށްފަހު މިޙަދީޘު ޟަޢީފު ކަމަށް ބަޔާން ކުރުމެވެ. އަދި އެ ޙަދީޘުގެ އަޞްލު (އަސާސު) ރަސޫލު ﷲ ﷺ އަރިހުން ޙަދީޘުން ޘާބިތުކަމަށް ހުރި ދަލީލު ދެއްކުމެވެ.
ޢިލްމުވެރިން عليهم رحمة الله މިކަމުގައި ކަނޑައަޅުއްވާފައިވާ ޝަރުޠުތަކުން ކޮންމެ ޙާލަތަކާއި ވަގުތުތަކަށް އޭގެ ތެރެއިން އެކި ޝަރުޠުތަކަށް ބާރުއަޅުއްވާފައިވާ ވަރުގަދަކަން ތަފާތުވެފައި ވެއެވެ. ފަހުގެ ފަރާތްތައް އެކަންކަން ލުއިކޮށް އިހުގެ ބޭކަލުން ހަރުކަށްޓެވެ. ފަހުގެ މީހުން އަޙުކާމުތަކުގެ (ޙަދީޘު ޞައްޙަކުރުމުގައި) ފަސޭހަކޮށްލާފައިވާ ފަދައިން ފަޟާއިލުލް އަޢްމާލުގެ (ޙަދީޘު ބޭނުން ކުރުމުގައި) ވެސް ފަސޭހަކޮށްލާފައިވެއެވެ. އަދި (ޤަދީމީ) އިމާމުން عليهم رحمة الله އަޙުކާމުގެ ޙަދީޘު (ޞައްޙަ ކުރެއްވުމުގައި) ޙަރުކަށިވެލައްވާފަދައިން، ފަހުގެ މީހުން ފަސޭހަކޮށް ދޫދޭފަދައިން އަޙުކާމުގެ ކަންތަކުގައި ދޫނުދެއްވައެވެ.
މީގެ މައްޗަށް ބަލައި: މިޙަދީޘަކީ ރަސޫލު ﷲ ﷺ އަރިހުން ރިވާ ނުވެވޭ ޙަދީޘެކެވެ. އެއީ އޭގެ ބަލިކަށިކަމުގެ އިންތިހާ ބޮޑު ކަމުންނެވެ. އަދި އޭގެ ސަނަދުތަކުގެ އެކި މަގުތަކާއި ގޮފިތަކުގައި ސަލާމަތެއް ނެތުމުންނެވެ.
ހަމަ މިއާއިއެކު: އޭގެ ބަސްކޮޅުގެ އިޚްތިލާފުވުން ތަކަކީ މިއީ ކުށްހީއާއި ކުށްތަކުގައިވާ އެއްޗެއް ކަމަށް ދަލީލުކޮށްދޭ ހެއްކެކެވެ. މިއާއިއެކު، ނަބިއްޔު ﷺ އަރިހުން ނަމާދަށް އަވަސްވެ ތައްޔާރު ވުމުގެ ފަޟުލާއިމެދު ޘާބިތު ދަލީލުވެއެވެ. އަދި ބައެއް މަޥްޤޫފު ރިވާޔަތްތަކުގައި މި (ޙަދީޘުގައިވާ) މާނައަށް ބާރުދޭ ބައެއް ތަކެތި ހުރި އިރުގައި، އެތަކެއްޗަކީވެސް (ޞައްޙަކަމުގައި) ޢައިބުތަކުން މިންޖުވެފައިވާ އެއްޗެއްސެއް ނޫނެވެ.
الأحاديث المعلة في الصلاة [28]
—ޢަބްދުލް ޢަޒީޒް އައްޠަރީފީ
~ ގަލަންދާނު
②
އަދިވެސް މިޙަދީޘު އައިސްފައިވެޔޭ، ބަކްރު ބުނު އަޙްމަދުގެ ޙަދީޘްތަކުން، ޔަޢުޤޫބު ބުނު ތަޙިއްޔާ ގެ އަރިހުން، ޔަޒީދު ބުނު ހާރޫންގޭ އަރިހުން، ޙުމައިދުއް ޠަވީލުގެ އަރިހުން، އަނަސް ބުނު މާލިކުގެ އަރިހުން، ރަސޫލު ﷲ ﷺ އަރިހުން. އަދި މިސަނަދުވެސް މުންކަރެވެ. އެހެނީ، ޔަޢުޤޫބު ބުނު ތަޙިއްޔާގެ ފުށުން ބަކްރު ބުނު އަޙްމަދު ރިވާކޮށްފައި އޮތް އޮތުން އޮތް އިރު، މިދެމީހުންނީ މަޖްހޫލު (ކޮންބަޔެއްކަން ނޭނގޭ) ދެމީހުންނެވެ.
އަދި މި ރިވާޔަތް (މިސަނަދުން) އައިސްފައިވަނީ ޔަޒީދު ބުނު ޙާރޫން މަގުން އެކަހެރިކޮށް އެކަންޏެވެ.
އަދިވެސް މިޙަދީޘަށް އޮތް މުންކަރު ދަލީލުވާ އަނެއް ކަމަކީ: ޔަޒީދު ބުނު ހާރޫނަކީ ޙަދީޘް ރިވާކުރުމުގެ ޢިލްމާއި އޭގެ ޙުކުމްތަކުގެ ޢިލްމުގެ އިމާމެއް (أئمة الرواية والدراية) ކަމުގައި ވެފައި، މިފަދަ ކޮންބަޔެއްކަން ނޭނގޭ ބަޔެއް އެކަނި އެކަލޭގެފާނުގެ ފުށުން އެއްޗެއް ގެނައުމީ ޢިލްމުވެރިން ޢާންމުކޮށްވެސް ޤަބޫކުނުކުރައްވާ ކަމަކަށްވުމެވެ.
މީގެ އިތުރަށް، މި ތަފައްރުދަކީ ފަހުގެ ރާވީންގެ ޖީލަކުން (ޠަބަޤާ އަކުން) އައިސްފައިވަ އެކަހެރި ރިވާކުރުމެއް ކަމުގައިވުމުން، ޢިލްމުވެރިން رحمة الله تعالى މިފަދަ ރިވާޔަތް ޤަބޫލުނުކުރައްވައި ރައްދުކުރައްވައެވެ.
• ޢުމަރު ބުނުލް ޚައްޠާބުގެ ރިވާޔަތް
ދެވަނަ ޙަދީޘް: ދެންފަހެ ޢުމަރު ބުނުލް ޚައްޠާބުގެ ރިވާޔަތަށް ބަލާއިރު، عليه رضوان الله، އެ ރިވާކޮށްފައިވަނީ، އިސްމާޢީލު ބުނު ޢައްޔާޝް ، ޢަމާރާ ބުނު ޣަޒިއްޔާ ފުށުންނެވެ. އަދި އިސްމާޢީލު ބުނު ޢައްޔާޝް އޭނާގެ ރަށް ނޫން ތަނެއްގެ މީހެއްް ފުށުން (ސީދާ) ރިވާ ކޮށްފައިވާނަމަ، ޢިލްމުވެރިން ތައް އެކަމުގައި އިންކާރު ކުރައްވައެވެ. އަދި ޢަމާރާ އަކީ މަދަނީ ބޭކަލެކެވެ. އަދި އެކަލޭގެފާނު ފުށުން މިރިވާޔަތް ގެނައީ އޭނާ، އިސްމާޢީލު ބުނު ޢައްޔާޝް، ވަކިފަރުދުކޮށް އެކަންޏެވެ. (މިއީ އިތުރު ބަލިކަށިވުމެކެވެ.) އަދި ޢިލްމުވެރިން رحمة الله تعالى މިފަދަ ރިވާޔަތްތަކުގައި އޭނާގެ މިފަދަ ތަފައްރުދު ވުން ޤަބޫކުފުޅެއް ނުކުރައްވައެވެ. އަދި އޭގެ އިތުރުން އޭނާގެ ރަށް ނޫން ރަށްތަކުގެ އަހުލުން ފުށުން ނަޤުލުކުރާ ތަކެތިވެސްމެއެވެ.
• އަބީ ކާހިލް ގެ ރިވާޔަތް
ތިންވަނަ ޙަދީޘް: ހަމަމިބީދައިން (މިރިވާޔަތް) އަބީ ކާހިލްގެ ޙަދީޘުން އައިސްފައިވެއެވެ. ނަޤުލުކުރެއްވީ އައްޠަބަރާނީ އެކަލޭގެފާނުގެ ފޮތް، އަލްމުޢްޖަމް ގައެވެ. އަދި އަލްޢުޤައިލީ އެކަލޭގެފާނުގެ ފޮތް، އައްޟުޢަފާއު ގައިވެސް މެއެވެ. އެއީ އަބީ މަންޡޫރު ގެ ޙަދީޘް ތަކުން، އަބޫ މުޢާޛުގެ އަރިހުން، އަބީ ކާހިލްގެ އަރިހުން ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިޔޭ: ( من أدرك التكبيرة الأولى، كتبت له براءة من النار ) ”ފުރަތަމަ ތަކްބީރަށް ފޯރައިފިމީހާ، ފަހެ އޭނާގެ މައްޗަށް ނަރަކައިން ބަރީޢަވުން ލިޔުއްވިއްޖެއެވެ.“ އަދި މިޙަދީޘު ޢައިބުތަކެއްގެ މައްޗަށް ބަލިކަށްޓެވެ: އޭގެ ތެރޭ:
ފުރަތަމައީ: ސަނަދުގައި ސިލްސިލާކޮށް ހުރި ކާކުކަން ނޭނގޭ މީހުންގެ ސަބަބުންނެވެ. މިސަބަބަށްޓަކައި ޢިލްމުވެރިން ގެ ތެރެއިން އެކަކަށްވުރެ ގިނަ ބޭކަލުން ވިދާޅުވެފައި ވެއެވެ: އޭގެ ސަނަދު މަޖުހޫކެވެ. (ނޭނގެއެވެ). އެއީ އަލްޢުޤައިލީ އެކަލޭގެފާނުގެ ފޮތް ޢައްޟުޢަފާއުގައި ދެލިކުރައްވާފައިވާ ފަދައިންނެވެ. ހަމައެފަދައިން އައްޛަހަބީ عليه رحمة الله މި ސަނަދާއި އަރައިހަމަވުމުން ވިދާޅުވިޔޭ: (إسناد مظلم) ”ކަނުއަނދިރި ސަނަދެކެވެ.“
އަދި ޢިލްމުވެރިން عليهم رحمة الله ، އަނދިރި ސަނަދެކޭ ވިދާޅުވާހިނދު އޭގެ މުރާދަކީ: އެވަނީ ގޮތްނޭނގޭ މީހުންތަކުން ފުރިފައިކަމެވެ.
ދެވަނައީ: އަނަސް ބުނު މާލިކު ގެ ޙަދީޘާއި ޢުމަރު ބުނުލް ޚައްޠާބު عليه رضوان الله ގެ ޙަދީޘާއި — މިދޭއް އިވެސާ މިޙަދީޘު ދިމާނުވެ ޚިލާފުވުން އޭގެ މަތަނުގައި ވުމެވެ. އެހެނީ އަނަސް ބުނު މާލިކުގެ ޙަދީޘާއި ޢުމަރު ބުނުލް ޚައްޠާބުގެ ޙަދީޘުގައިވަނީ ދެ ބަރީއަވުމެއްގެ ވާހަކައެވެ. އެހެނަސް މިޙަދީޘުގައިވަނީ އެއް ބަރީއަކޮށްދިނުމެކެވެ. އެއީ ނަރަކައިންްނެވެ. އަދި ކުރިން ބުނެވުނު ޙަދީޘުގައިވާ ދެބަރީއަތަކީ: ނަރަކައިން ބަރީއަކޮށްދެވުމާއި މުނާފިޤުކަމުން ބަރީއަކޮށްދެވުމެވެ.
ކޮންމެ ގޮތަކަށް ވިޔަސް ، ފަހެ މިޙަދީޘް ރަސޫލު ﷲ ﷺ އަރިހުން ޞައްޙަ ގޮތުގައި ވާރިދުވެގެން ނުވެއެވެ.
❞ ބާޠިލު ބަހެއް ނުބުނުން ޝަރުޠަކަށް ބަލައި، ޙަޢްޤު ބަސް ބުނުމުން ހަނުހުރެއްޖެ ޢިލްމުވެރިޔަކަށް ތަޢުރީފުކުރުމީ، އެންމެ ނުބައިކަން ބޮޑު އެއް ދަނޑިވަޅެވެ. އެހެނީ ބަސްބުނުމަށް ޒަރޫރު ޙާލަތުގައި، ޢިލްމުވެރިޔެއްގެ ހަނުހުރުމަކީ ހަމަ ބަހެއް ބުނުމެވެ. އޭގެ މާނައީ ރުހުމެވެ.❝ —އައްޠަރީފީ
~ ގަލަންދާނު
③
މިހެންކަމުން މި ލޯބިވެރިންގެ ޢީދު (ވެލެންޓައިންސް ޑޭ) ގެ ޙަފުލާ އާއިމެދު އަހަރެމެން ބުނަނީ، އެއީ ޖާހިލިއްޔަތުގެ ޢީދެއް ކަމެވެ. އަދި ނަޞާރާއިންގެ ބަޔެއް މާތް މީހުންގެ ހަނދާނުގައި ވާ ޢީދެއްކަމެވެ. އަދި އެކަން ފެށިފައިވަނީ ޖާހިލިއްޔަތުގައި މީލާދީން 300 ވަނަ އަހަރުގައި ކަމެވެ.
އަދި އެވެރިންގެ ބަޔަކު ބުނާގޮތުން މި މުނާސަބަތަކީ، އެޒަމާނުގެ ރަސްކަލެއް ކައިވެނިކުރުން މަނައުކުރުމުން މިބުނެވުނު މާތް މީހާ ސިއްރުގައި ކައިވެނިކޮށްދިނުން ކުރިޔަށް ގެންދިޔައީތީއެވެ. (ދެން އޭނާ މަރާލެވުނީއެވެ.) ދެން އެދުވަސް ފާހަގަކޮށް މިމީހާ މީސްތަކުންނަށް ކަމެއް ކޮށްދިނީތީ މަތިވެރި ކުޅައީއެވެ. އަދި މިނޫން ގޮތެއްގައި މިވާހަކަ ވިޔަސް، އަހަރެމެން ބުނަނީ މިކަމަށް ހާޖަތް ޖެހުމަށްވުރެ އަހަރެމެންގެ އިސްލާމީ ޝަރީޢަތް މުއްސަނދިވެ ފުދިގެންވާ ކަމެވެ. އެބައި އިތުރުކުޅައުމަށް ފަހެ ޝަރީޢަތުން ލޯބީގެ ބާބު ވިރިދިޔައީހެއްޔެވެ؟ ލޯތްބަށް ހިތްވަރު ދެއްވައި އެތަކެއް ޙަދީޘެއް ވެއެވެ. އަނަސް ބުނު މާލިކުގެ ޙަދީޘުގައި ނަބިއްޔު ﷺ އަރިހުން، ޙަދީޘް ކުރެއްވިޔޭ: «ﻣﺎ ﺗﺤﺎب رﺟﻼن ﻓﻲ اﷲ ﻗﻂ، إﻻ ﻛﺎن أﻓﻀﻠﻬﻤﺎ أﺷﺪﻫﻤﺎ ﺣﺒﺎ ﻟﺼﺎﺣﺒﻪ.» (ﷲ އަށްޓަކައި ދެމީހަކު ލޯތްބެއް ދުވަހަކުވެސް ނުވެތޭ، އެހެނަސް އޭގެ ތެރެއިން އެންމެ މޮޅުއިތުރު މީހަކީ އޭނާގެ އެކުވެރިޔާއަށް ލޯބީގައި އެންމެވަރުގަދަ މީހާ ކަމުގައި ވާގޮތުގައި މެނުވީއެވެ.)
މާނައީ، މީހަކު އޭނާގެ އެކުވެރިޔާއަށް ލޯބި އިތުރުވާ ކޮންމެ ހިނދަކު، ﷲ سبحانه وتعالى ޙަޟުރަތުގައި އޭނާ މޮޅުއިތުރުވެދެއެވެ.
ހަމައެފަދައިން ނަބިއްޔު ﷺ ވަނީ މީސްތަކުން މެދުގައި ލޯބިފެތުރުމަށްވެސް ބާރުއަޅުއްވާފައެވެ. އަދި މީހަކު އަނެކާއަށް ލޯބިކުރާކަން އެންގުމަށްވެސް މެއެވެ. އޭގައި ލިޔުމުން ނޫނީ ދިމާވެގެންވިޔަސް ނޫނީ އެފަދަ އެނޫން ގޮތަކުންވިޔަސް އެކަން ހާމަކުރުމުގައި ތަފާތެއްނެތެވެ. މިކަންވެސް ތަފާތު ޙަދީޘް ތަކަކުން ނަބިއްޔު ﷺ އަރިހުން ވާރިދުވެފައިވެއެވެ. އަލްމިޤްދާދު ބުނު މަޢްދީ ކަރިބް އަރިހުން، މުސްނަދުގައިވާފަދައިން ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ «إِذَا أَحَبَّ أَحَدُكُمْ أَخَاهُ فَلْيُعْلِمْهُ» (ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަޚާދެކެ ލޯބިވާނަމަ، ފަހެ އޭނާއަށް އެކަން އަންގާހުށިކަމެވެ.) —އެބަހީ އޭނާއަށް ތިބާ ލޯބިވާކަން އަންގާށޭ އެވެ. ކީއްވެހެއްޔެވެ؟ އެހެނީ މިކަމުގެ ސަބަބުން ގުޅުން ބަދަހިކުރުވައެވެ. އަދިފަހަރެއްގައި އޭނާގެ ހިތުގައި ކޮންމެވެސް ނުތަނަވަސްކަމެއް ތިބާއާއިމެދު އޮވެދާނެއެވެ. އަދި މިކަން ހާމަކުރުމުން ހެވަށް ވެދެއެވެ.
މިހެންކަމުން އަހަރެމެން ބުނަނީ، ލޯތްބާއި ގުޅުންބަދަހި ކުރުމާއި ގުޅިފައިވާ ކަންތައް ޝަރީޢަތުންވަނީ އެކަން އާލާކުރުމަށް ހިތްވަރުދީފައެވެ.
ވީމާ ޝަރީޢަތެއް ލޯބީގެ ދޮރުތަކެއް ބަންދެއް ނުކުރެތެވެ. ބަންދު ކޮށްފައިވަނީ (ކާފަރުންނާއި) އެއްގޮތް ވުމުގެ ދޮރުތަކެވެ. އެހެނީ ކޮޕީކޮށް އެއްގޮތް ވުމުގެ ބާބު، ލޯތްބާއި، ލިބާހާއި ބަހުރުވަޔާއި އަޅުކަމާއި އެނޫން ތަކެތީގައިވެސް ހޭކިދެއެވެ. އަދި އޭގައި ޖިންސިއްޔަތާއި އެއާއި ގުޅުން ހުރި މައްސަލަތައް އެކުލެވެއެވެ. އެއީ ޢީދުތަކުގައި ނޫނީ ލޯބީގައި ނޫނީ އެނޫން ގޮތްތަކުންވެސް (ހައްދުތަކެއްގެ ތެރޭ) މަނައުކަންކަމެވެ. ❝
— ޢަބްދުލް ޢަޒީޒް އައްޠަރީފީ (މަޞްދަރު)
~ ގަލަންދާން
①
❞ ޢީދުތަކާއި މުނާސަބާތަކަށް ބަލާއިރު، އަހަރެމެންގެ ޤަވްލަކީ އިސްލާމީ ޝަރީޢަތުގައި އެތަކެތި އައިސްފައިވަނީ އިސްލާމީ އުއްމަތަށް ހުރި ވަކިއެއްޗެހި ތަކެއް ގޮތުގައި ކަމެވެ. އެއަށް ޚާއްޞަކުރެވިފައިވާ ގޮތުގައެވެ.
އެހެނީ، ޒާތީގޮތުން އަދި ޖަމާޢަތެއްގައި މަސައްކަތްކުރާ ފަރާތެއްގެ ޙައިސިއްޔަތުން މީހާ (އުޅެންޖެހޭނޭ) ސުލޫކާއި ޢަމަލުކުރަންޖެހޭގޮތުގެ ފަރަޤާއި ތަފާތު ޝަރީޢަތް ވަނީ ކަނޑައަޅައި ގެނެސް ދީފައެވެ.
ޢީދުތަކީ (އެބަހީ: ފާހަގަ ކުރާ ޚާއްޞަ މުނާސަބާތަކާއި ދުވަސްތަކީ) ގިނަފަހަރަށް ވަކި އުއްމަތަކަށް ނޫނީ މީސްތަކަކަށް ނޫނީ ޖަމާޢަތަކަށްވާ ތަކެއްޗެވެ. އެހެނީ އެތަކެއްޗަކީ މީސްތަކުން ދިރުވައި، އެހެންޏާ އެންމެން އެއްވެއް ރާވައިގެން ނޫނީ ފަރުދީ ގޮތެއްގައި ރާވައިގެން، ޖަމާޢަތެއްގެ ތެރޭ ޙަފުލާތައް ބޭއްވޭ ތަކެއްޗެވެ.
މިފަދަ ޢީދީ ޙަފުލާތައް ވަނީ ޝަރީޢަތުގައި ކަނޑައެޅި، އެކަން ހަމައެކަނި އިސްލާމީ ދެޢީދަށް ހަނިކުރެވިފައެވެ. މިއީ ނަބިއްޔު ﷺ އަރިހުން ދެޞަޙީޙުގައި ޢާއިޝާ ރިވާކުރެއްވި ޙަދީޘުގައި ވާފަދައިން ނެވެ: "ކޮންމެ ބަޔަކަށް ވެސް ޢީދުތަކެއް ވެއެވެ. އަދި މިއީ އަހަރެމެން ގެ ޢީދެވެ.“ —އިސްލާމުންގެ ޢީދެވެ. އެއީ ފިޠުރު ޢީދާއި ޢަޟުޙާ ޢީދެވެ.
ހަމައެފަދައިން، ނަބިއްޔު ﷺ މަދީނާއަށް ވަޑައިގެންނެވިހިނދު މަދީނާގެ ޢަހުލުން ކުޅިވަރުކުޅެ އުޅުނު ދެ ޢީދެއް އޮތެވެ. ނަބިއްޔު ﷺ އެކަމާ ސުވާލުކުރެއްވުމުން އެއީ ތިމަންމެންގެ ޖާހިލިއްޔަތުގައި ފާހާގަކޮށްއުޅުނު ދެޢީދެއް ކަމުގައި އެވެރިން ދެންނެވޫއެވެ. ނަބިއްޔު ﷺ ދެން ޙަދީޘް ކުރެއްވިއެވެ: "قَدْ أَبْدَلَكُمُ اَللَّهُ بِهِمَا خَيْرًا مِنْهُمَا: يَوْمَ اَلْأَضْحَى, وَيَوْمَ اَلْفِطْرِ" މާނައީ: (ﷲ ވަނީ ތިޔަބައިމީހުންނަށް އެދޭއްޗަށް ވުރެ ހެޔޮ ދޭއްޗަކަށް ބަދަލުކުރައްވާފައެވެ. އަޟުޙާ ޢީދު ދުވަހާއި ފިޠުރު ޢީދު ދުވަހެވެ.)
އަހަރެމެންގެ ބަހަކީ، މިކަން (މުނާސަބާތައް ފާހަގަކުރުން) ގުޅިފައިވަނީ މިއާއި ކަމެވެ.
ޢާންމު ޙަފުލާތަކަށް ބަލާއިރު، އެފާހަގަކުރުމުގައި (އިސްލާމީ ޢީދުތަކަށްއެކަނި) ހަނިކުޅައުމަކީ އުއްމަތުގެ މައްޗަށް ލާޒިމު ކަމެކެވެ. އެހެނީ އިސްލާމީ އުއްމަތް ނޫން ބަޔެއްގެ ތަކެއްޗާއި އެއްކުޅައުމާއި އެއްވައްތަރު ކުރުމުގައި، އިސްލާމީ އުއްމަތުގެ ޝަޚްޞިއްޔަތު ފަނޑުވެދެއެވެ. އަދި އެނޫން ބަޔެއްގެ ގޮތްތަކަށް އާޝޯޚުވުންވެސް އާދެއެވެ. އެހެން ކަމުން އެއަށް ޚާއްޞަ ޝިޢާރުތައް (ދެޢީދުގެ ޙަފުލާގެ ޚާއްޞަކަން) ފަނޑުވެ ހިނގައިދެއެވެ. ފިޠުރު ޢީދާއި ޢަޟްޙާ ޢީދު ދީނުގެ ތެރެއަށް ޝަރީޢަތުގައި ލެވިފައިވާތީ އަހަރެމެންނަށް މިފެންނަނީ މިސަބަބަށްޓަކައި އެވެ. އަދި އެއީ ހަމައެކަނި ޢަދަބު އަޚުލާޤާއި ޢާންމު ޢަމަލުތަކެއް ނަމަ، އަހަރެމެންނަށް އެކަންތައް އައީހީ އާދަކާދައިގެ ގޮތުގައެވެ. އެހެނަސް ޝަރީޢަތުން ވަނީ އެކަން އަޅުކަމުގެ ތަރަހައިގެ ތެރެއަށް ވައްދުވާފައެވެ. އަދި ނަމާދާއިވެސް އެކަން އެއްފަށް ކުރުވާފައެވެ. އެއީ ދެޢީދުގެ ނަމާދެވެ. އެއީ އެޙަފުލާއަށް މީސްތަކުން ނިކުތުމަށް ފަރުވާކުޑަ ނުކުރަވުމަށްޓަކައެވެ. އަދި އެކަމަކީ އާދައިގެ ކަމެއްގޮތުގައި ހީކުރެވިދާނެތީއެވެ. އަދި މިކަމަކީ ކެއިންބުއިމުގެ މައްސަލަތަކާއި މަޔާސިރުއާއި މަންޒިލްތަކާއި އެނޫން ކަންކަމާއި ތަކެތިފަދަ (ހުރިހާ އުއްމަތަކަށް) ޢާންމު ކަންތައްތައް ފަދައިން ހަދާފާނެތީއެވެ. ފަހެ ޢީދު ޙަފުލާތަކީ އުއްމަތްތަކުގެ ޢީދުތަކެވެ.
ބައެއް މީހުން ބުނެފާނޭ މިތަކެއްޗަކީ އޭގެ ވައްތަރުތައް އެވެރިންތެރޭވެސް އެއްގަލަކަށްނެތި ހުރި ކަންކަމޭ. ޔާހޫދީންވިޔަސް ނަޞާރާއިން ވިޔަސް އަދި އެފަދައިން ބުދަށް އަޅުކަންކުރާ އަދި ﷲ އަށް އީމާން ނުވާ މުލްޙިދުން ތެރޭވެސް އޭ.
ފަހެ ޝަރީޢަތް ބާއްވައިލެއްވުނީ އިސްލާމީ އުއްމަތާއި އެނޫން އުއްމަތްތައް ވަކި ކުރެއްވުމަށެވެ. އެއާއި އެއްގޮތް ނުކުޅައުމަށެވެ. ދެންފަހެ (ދޭދޭ ފަރުދުންގެ އާދަކާދަތަކާއި) މުޢާމަލާތް ތަކަށް ބަލާއިރު، އެއީ އެއްގޮތްވުން އިޛުނަދެއްވާފައިވާ ކަންކަމެވެ: މުޢާމަލާތްތައް، މިޘާލަކަށް ޢަޤުދު ކުޅައުމާއި ގަނެވިއްކުމާއި ކާތަކެތީން ނޫނީ އެނޫން އެއްޗަކުންވިޔަސް ބަދަލު ދިނުމާއި، ހަމަ އެފަދައިން ހަދިޔަލާއި، ޢުޖޫރައާއި މަސައްކަތްތައް ފަދައެވެ.
އެހެނަސް ޢީދުތަކުގެ ވަޖުހުން ބަލާއިރު، އުއްމަތް އެނޫން ބަޔެއްގެ ޢީދުތަކާއި އެއްވެއްޖެނަމަ، އޭގެ ސަބަބުން އޭގެ ޝަޚްސިއްޔަތު ބަލިކަށިވެ ހަމައެފަދައިން އެކަމުގެ ނަތީޖާއަކަށް އޭގެ ދިރިދެމިއޮތުމަށްވެސް ހުރަސްއެޅެއެވެ. އަދިކިއެއް، ޝަރީޢަތް ވަނީ މިކަން (އެ ޙަފުލާތަކާއި ވަކިވުން) އިތުރަށް ހަރުކަށިކޮށްފައެވެ. އެއީ ﷲ އަށް އަޅުވެތިވާއިރުވޭސް އެއަށް ބެލުމެވެ. މާނައީ، މީހަކު މިޘާލަކަށް އެފަދަ (ޙަފުލާތައް ބޭއްވޭ) ތަނެއްގައި ﷲ އަށް އަޅުކަމެއް ކުރާނަމަ، މީހަކަށް އޭނާ ފެނިއްޖެނަމަ ޝައްކު ކުރެވެނީ އޭނާ ﷲ ނޫން ފަރާތެއް ބައިވެރި ކުރަނީކަމުގައެވެ. ﷲ ވަނީ މިފަދަ މަކާނެއްގައި އަޅުކަން ކުރުން ނަހީ ކުރައްވާފައެވެ. އެއީ ﷲ އަށް ޚާލިޞްކޮށް ކުރާ އަޅުކަމެއް ވިޔަސް ވަރިހަމައެވެ.
🔻 ރޯދަ ވީއްލުން ދިނުމާއިބެހޭ ޙަދީޘްގެ ޞައްޙަކަމަކީ ކޮބައިތޯއެވެ؟
« مَنْ فَطَّرَ صَائمًا، كانَ لَهُ مِثْلُ أَجْرِهِ »
"ރޯދަވެރިޔަކަށް ރޯދަވީއްލުން ދީފިމީހަކަށް، އެ ރޯދަވެރިޔާއަށްވާ އަޖުރު އެއްފަދަ އަޖުރުވެއެވެ." މީގެ (ޞައްޙަކަމުގައި ނުސީދާ) ބަލިކަށިކަމެއް ވެއެވެ.
🔻 ރަމަޟާން އަކީ "މަހެއް" ކަމަށް ބުނުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟
« لا تقولوا:رمضان ولكن قولوا:شهر رمضان...»
"ރަމަޟާން އޭ ނުބުނާށެވެ. ޝަހްރު ރަމަޟާން އޭ (ރަމަޟާން މަހޭ) ބުނާށެވެ." މި ހަދީޘް، ޞައްޙަ އެއް ނޫނެވެ.
~ގަލަންދާނު | #ރޯދަ_ފަތުވާ
އައްޝެއިޚް ސުލައިމާން ބުނު ނާޞިރު، އަލްޢަލްވާން
🔴 ޕީއެސްއެމް ރޭޑިއޯ "ދީނުގެއަޑުން" ގެނެސްދޭ މިޕުރޮގްރާމް ގައި، ރޭގަނޑު ނިދުމުގެ ކުރިން ކިޔާ ޛިކުރުތަކުގެ ތެރެއިން،
سورة الإخلاص، الفلق، الناس މިތިން ސޫރަތް ކިޔައި ނަފަޘަކޮށް ގައިގައި އަތް ފުހުމުގެ ތަރުތީބެއް ކަމުގައި ކިޔައިދީފައި ވަނީ: ކޮންމެ ސޫރަތެއް ތިންފަހަރަށް ތަކުރާރުކޮށް، ކިޔައި ނިންމުމަށްފަހު، ދެން އެއްްފަހަރަށް ނަފަޘަކޮށް އަތްފުހެ ނިންމާލުމެވެ. އެހެނަސް މިކަމުގައި ބޮޑަށް ރަނގަޅު ތަރުތީބަކީ: އަހަރެމެން ކުރިންވެސް ބަޔާން ކޮށްފައިވާފަދައިން، سورة الإخلاص، الفلق، الناس އެއްބުރަށް ކިޔައި، ދެން ނަފަޘަކޮށް، ދެން އަތްފުހެ ، އަނެއްކާވެސް މިގޮތަށް ތިންފަހަރު ހަމަވަންދެން އެކަން ކުރުމެވެ. (މަތީގައިވާ ވީޑިއޯގެ ފަހަތަށް އަހަރެމެން އެއްކޮށްފައި އެވާ އައްޠަރީފީގެ ޖަވާބުގައިވެސް ބަޔާން ކުރައްވާފައިވަނީ މިފަދައިންނެވެ.)
~ ގަލަންދާން
②
-------------------
[2] Shaykh Al-Muḥaddith Dr. Khālid Al-Ḥāyek elaborated while explaining this defect: “...his saying: “I saw him moving it and supplicating with it” —is an abnormal word that was exceptional to (narration via) Zāidah bin Qudāmah only. And a large group of ʿĀsim bin Kulayb’s companions (from whom Zāidah bin Qudāmah narrated this) contradicted with him, and they are: Sufyān bin ʿUyaynah, Khālid Al-Wāsiṭī, Qais bin Al-Rabīʿ, Salām bin Sulaym, Sufyān Al-Thawrī, Shuʿbah, and Bishr bin Al-Mufaḍḍal, and ʿAbdullah bin Idrīs, Abū ʿAwānah, ʿAbdul Wāḥid bin Ziyād Al-ʿAbdī, Zuhayr bin Muʿāwiyah, Muḥammad bin Fuḍayl, ʿAnbasā bin Saʿīd Al-Asadī, Ghaylān bin Jāmiʿ, and Mūsā bin Abī Kathīr — they did not mention it, and they are trustworthy in validation, and their wording is: “He pointed with his index finger”. The Sunnah is to hold the index finger raised without moving it. Al-Albānī was aberrant in making “moving it” a Sunnah based on his authentication of this additional narration! Just as he was aberrant in his authentication of the addition «Wa barakātuhū» in the salām of the prayer! And the Sunnah is: “Assalāmu ʿAlykum Waraḥmatullāh” without the (addition) «Wa barakātuhū»! — End. (source)
This is also the position of Shaykh Al-Muḥaddith Dr. Māhir Al-Faḥl, he declared the narration of Zāidah bin Qudāmah with the addition "moving it" as defective and objected it as against sunnah, he also stated that the meaning of "pointing" (ishārah) is like how the slave girl pointed to the sky when she was asked where is Allah (فأشارت بيدها إلى السماء). (See) Also the postion of Muqbil ( Al- Ṣaḥīḥul Musnad mimmā laysa fil-Ṣaḥīḥayn, 2/265). Also Shaykh Al-Muḥaddith Musṭafā Al-ʿAdawī declared the narration defective (see)
[3] Likewise in the narration of Muslim in his Ṣaḥīḥ, the ḥadīth of ibn ʿUmar he says: “he ﷺ raised his right (index) finger, which is next to the thumb, making supplication with it.” — And Al-Saʿd defined "supplication" in general as tashahhud itself. As for Shaykh Sulaymān bin Nāṣir Al-ʿAlwān, he interpreted it, as well as the scholars of ḥanābilite school , that "supplicating with it" means to slightly move the pointing index finger, everytime a du‘ā is started. So either you keep it straight to the qibla or on your thighs pointed and then move or raise it a little for every du‘ā. (See). This is what is apparent from ibn Bāz as well, “move it a little when supplicating, ...Allāhumma ṣalli, Allāhumma innā naʿūdhubika ..etc” (see). Likewise of Al-ʿUthaymīn (see). While they objected to the general moving. (Ibn Bāz, See). As for the ḥadīth of "moving" the index finger, Al-ʿAlwān also ruled it defective.
الحمدلله الذي بنعمته تتم الصالحات. رزقني الله بـمولودة، اسميتها {نَــورَة}. أسأل الله ان يبارك لي فيها، وينبتها نباتاً حسناً. وان يرزقني برها، وتبلغ أشدّها. وأن يجعلها من عباده الصالحين. ومن حفظة كتابه الكريم.. اللهم آمين
Читать полностью…#حديث_ضعيف
❞ ޝަޢުބާން މަހުގެ ދެބައިވާ ރޭގައި ރައްބު (ދުނިޔޭގެ އުޑަށް) ފައިބައިވަޑައިގެންނަވާނޭ ކަމާއި، އެރޭގައި ﷲ އަށް ޝަރީކުކޮށްގެން ނެތް ކޮންމެ އަޅެއްގެ ފާފަ ފުއްސަވާނޭ ކަމުގެ ވާހަކަ، ޙަދީޘުތަކަކުން ވާރިދުވެފައި ވެއެވެ. އަދި އެވަޤުތުގައި: ރިޒްޤާއި އަޖަލު ބައްސަވާނޭ ކަމުގައިވެސްމެއެވެ. އަދި މިކަންތަކުގައި ތަފާތުގިނަ ޚަބަރުތައް އައިސްފައިވެއެވެ...
އަދި އެހުރިހާ އެއްޗެއްވެސް ޟަޢީފެވެ. އަދި ނަބިއްޔު ﷺ އަރިހުން އެއިން އެކައްޗެއްވެސް ޞައްޙަވެގެން ނުވެއެވެ. ❝
— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން (ބަސްކޮޅު)
~ ގަލަންދާނު
⑤
އަހަރެން (އިބްނު ފަހުމީ) ބުނަމެވެ:
މިޙަދީޘު މަރްފޫޢު ގޮތުގައި ޞައްޙަ ނޫން ކަމުގައި ބަޔާން ކުރެއްވި ފަހުގެ މުޙަދިޘުންގެ ތެރޭ: އައްޝެއިޚް އަލްމުޙައްދިޘް ޑރ. ޚާލިދުލް ޙާޔިކު، ވިދާޅުވިޔޭ ”މަރްފޫޢު ކޮށް ޞައްޙައެއް ނޫނެވެ. އަދި އަނަސް ބުނު މާލިކު رَضِيَ ٱللَّٰهُ عَنْهُ ގެ ޤަޥްލުފުޅެއް ގޮތުގައި ޞައްޙައެވެ. އެއީ އެކަލޭގެފާނުގެ އިޖުތިހާދެކެވެ. (އެބަހީ: ރަފަޢައިގެ ދަރަޖަ ނުވެއެވެ.)“ އަދި އައްޝެއިޚް އަލްމުޙައްދިޘް އަލްޢަލްވާން، ވިދާޅުވިޔޭ: ”މިޙަދީޘަކީ (ޤަދީމީ) މުޙައްދިޘުންގެ އިއްތިފާޤުން މަޢުލޫލް (ބަލިކަށި) ޙަދީޘެކެވެ. އަދި އިމާމް ޢަބޫ ޢީސާ (އައްތިރުމިޛީ) ޢާއި އެނޫން ބޭކަލުންވެސް އެ ބަލިކަށި ކުރެއްވިއެވެ. އަދި އަބޫ ޢީސާ އެ ރާޖިހު ކުރެއްވީ މަޥްޤޫފު ކަމުގައެވެ. (އަނަސްގެފާނުގެ ބަސްފުޅެއް ގޮތުގައޭ އެވެ.) އެހެނަސް އިބްނުލް ޖަޥްޒީ ދެކެވަޑައިގެންނެވީ މުޠްލަޤުކޮށް، މަރުފޫޢު އަދި މަޥްޤޫފު ކޮށްވެސް އެޙަދީޘު ޟަޢީފުކަމުގައެވެ. އަދި މަޥްޤޫފުކޮށް ޘާބިތުވާނަމަ، އެއަށް މަރްފޫޢަ ވުމުގެ ޙުކުމް ވެއެވެ.“ އަދި އަބޫ ޢަލީ އަލްޙަސަނީ ، ވިދާޅުވިޔޭ ”ޙާފިޡު އައްތިރުމިޛީ މިޙަދީޘު މަޢުލޫލު ކުރައްވައި މަޥްޤޫފުކަމުގައި ވިދާޅުވިއެވެ. އަދި އޭގެ ސަނަދު މަޢުލޫލު ކުރެއްވިބޭފުޅުން ތެރޭ އަލްއިމާމު އަބޫ ޙާތިމް އާއި އަލްބުޚާރީ އާއި އައްދާރަޤުޠުނީ ހިމެނެއެވެ. މިޙަދީޘު ޞައްޙައެއް ނޫނެވެ. އަދި އަނަސްގެފާނު އަރިހުން ޢުމަރުގެފާނުގެ އަރިހުން ވެސް މިޚަބަރު ރިވާވެފައިވެއެވެ. އަދި އިމާމް އައްތިރުމިޛީ އާއި އައްދާރަޤުޠުނީ އޭގެ ސަނަދު ކެނޑިފައިވާކަމުގައި ވިދާޅުވެ ބަލިކަށިކުރެއްވިއެވެ. އެހެނީ ޢައްމާރާ ބުނު ޣުޒައްޔާ، އަނަސްގެފާނުގެ އަރިހުން އަޑުއަހާފައެއް ނުވެއެވެ.“ އަދި އައްޝެއިޚް އަލްމުޙައްދިޘް ޑރ. މާހިރުލް ފަޙްލު ވެސް މިޙަދީޘް މަރުފޫޢުކޮށް ބަލިކަށި ކަމުގައި ވިދާޅުވިއެވެ. އަދި އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު ވިދާޅުވިއެވެ: ”މިޙަދީޘު ޟަޢީފެވެ. އަދި ޞައްޙަވެގެން ނުވެއެވެ. އަބޫ ޢީސާ އައްތިރުމިޛީ އެންމެހާ ސަނަދުގެ މަގުތަކުން މިޟަޢީފުކަމަށް ކަނޑައެޅުއްވިއެވެ. އެހެނަސް ޢަބްދުއް ރައްޒާޤުގެ މުޞައްނަފުގައި މަޥްޤޫފު ގޮތުގައި އަނަސް رضي الله عنه އަށް މިޚަބަރު ވެއެވެ.“ އަދި އައްޝެއިޚް އަލްމުޙައްދިޘް މުޞްޠަފާ އަލްޢަދަވީ އެ ޟަޢީފުކަމަށް ބަޔާން ކުރައްވައި ދެން ވިދާޅުވިއެވެ: އޭގެ މުރާދަކީ އޭނާ މުނާފިޤުން ތެރޭ ނުހިމެނޭކަމުގައެވެ. މުނާފިޤުންގެ އާދަތަކުގެ ތެރޭ ފަތިސް ނަމާދަށް ރައްކައުތެރި ނުވުން ހިމެނެވެ. އަދިކިއެއްތަ، އެވެރިންނަށް އެންމެ ބުރަ ދެނަމާދަކީ ފަތިސް ނަމާދާއި ޢިޝާ ނަމާދެވެ.“ އަދި އައްޝެއިޚް ފަހްދުއް ސުނީދު ވިދާޅުވިއެވެ: ”މިޙަދީޘަކީ އޭގެ މަރުފޫޢަ ކަމާއި ވަޤުފުކަމާއި އޭގެ މަތަނުގައިވެސް ޙިލާފުވެވިގެންވާ ޙަދީޘެކެވެ. އަދި ރާޖިޙު ބުނުމަކީ މަރުފޫޢަ ގޮތުގައި އާއި މަޥްޤުފު ގޮތުގައިވެސް އެޞައްޙަ ނުވުމެވެ. އެހެނަސް ފަޟާއިލުލް އަޢްމާލުގައި އެއަށް ޢަމަލުކުރުމުގައި ގޯހެއް ނެތެވެ.“ މިގޮތުން ބައެއް ޢިލްމުވެރިން ފަޟާއިލުގައި އެ އެކުލެއްވިއެވެ. އަދި މިއީ އައްޠަރީފީގެ އިހުބަޔާންވެ ދިޔަ ތަފްޞީލާއި ޚިލާފަށެވެ. އެހެނަސް އެޙާލުގައިވެސް މީގެ ބަލިކަށިކަން ބަޔާންކުރުން ޝަރުތެވެ. — الله أعلم.
~ ގަލަންދާން
③
🔴ފަޟާއިލް އާއިބެހޭ ޙަދީޘުތައް ރިވާކުރުން
މިރިވާޔަތް އަލްފަޟާއިލް ޙަދީޘު ތަކުގެ ތެރެއިން ޤަބޫލުކުވެވިދާނެ ހެއްޔެވެ؟ (އެބަހީ: ހެޔޮ ޢަމަލުތަކަށް ބާރުއަޅާ ޙަދީޘުތަކުން ބަލިކަށިވިޔަސް އެއަށް ޢަމަލުކުރެވިދާނޭ ފަދަ ޙަދީޘެއް ކަމުގައިވާނޭ ތޯއެވެ؟)
އަހަރެމެން ބުނަމެވެ: ހަމަކަށަވަރުން (އިހުގެ) ޢިލްމުވެރިން عليهم رحمة الله ، އަލްފަޟާއިލުގެ ޙަދީޘުތަކުގައި ފަހުގެ މީހުން ދޭފަދައިން ދޫނުދެއްވަތެވެ. އެއީ އެހެނަސް (އަޅުކަމުގެ) އަޙުކާމު ތަކުގެ ޙަދީޘާއި ޚިލާފަށް ފަޟާއިލުގައި އެބޭކަލުން ލުއިދެއްވައި ދޫދެއްވުމުގެ އުޞޫލެއް އޮތް ކަމުގައި ވިޔަސްއެވެ.
މިކަމުގައި އަހަރެމެންނަށް ބުނެވިދާނެ އެއްޗަކީ: އިހުގެ ޢިލްމުވެރިން ފަޟާއިލުގެ ޙަދީޘު ތަކުގައި ގެންގުޅެއްވި މިންގަނޑަކީ، މުތަޤައްދިމް ޢިލްމުވެރިން އަޙްކާމު ތަކުގެ ޙަދީޘުގައި ގެންގުޅެއްވި (ހަރުދަނާ ހަރުކަށި) އުޞޫލާއި ފަހުގެ (މުތައައްޚިރުން) ފަޟާއިލު ގެ ޙަދީޘު ތަކުގައި ދީފައިވާ (ދޯދިޔާ ދޫދިނުމުގެ) އުޞޫލާއި ދެމެދު ގައިވާ މިންގަނޑެއް ކަމެވެ. އަދި ފަހަރެއްގައި މިކަން ވައްތަރުކުރެވެނީ ބައެއް އިމާމުން އަޙުކާމުގެ ޙަދީޘުތަކުގައި ގެންގުޅެއްވި ގޮތްގަނޑެވެ. އެހެނީ އެވެރިން އަޙުކާމުގެ ޙަދީޘް ތަކުގައި ދޫދިނެވެ. މިބުނީ ފަހުގެ މުތައައްޚިރުންގެ ވާހަކައެވެ. އެއީ އިހުގެ ޢިލްމުވެރިން ފަޟާއިލު ޙަދީޘުތަކުގައި ލުއި ދިންފަދައިންނެވެ.
އެހެންކަމުން ޢިލްމުވެރިން ފަޟާއިލުލް އަޢްމާލު ގެ ޙަދީޘް ތަކުގައި (އެއަށް ޢަމަލުކުރުމަށް ބޭނުންވާ ޞައްޙަކަމުގެ ދަރަޖަ މިނެކިރެއްވުމުގައި) ދޫދެއްވުމާއި ހަރުކަށިނުވުން ޖަމަޢަކުރެއްވިއެވެ. އެއީ ލުއިދެއްވުމުގެ މިންވަރުވައި ގެންގުޅުއްވާ ވައްޓަފާޅީގައި ހިމެނޭ ދެ މިންގަޑެވެ. އަދި އެބޭކަލުން މެދުގައި މިކަމުގައި ޚިލާފެއްނުވެއެވެ. އާއެކެވެ، ޔަޙްޔާ ބުނު މަޢީނާ عليه رحمة الله ފަދަ ބައެއް އިމާމުން އަރިހަށް ނިސްބައިވެފައިވޭ މިއެންމެހާ (ތަފާތުކުރުމުގެ މިންގަނޑުތަކަށް) ދެކޮޅުހެއްދެވިއެވެ. އެހެނަސް އަހަރެމެން ބުނަމެވެ: ޔަޙްޔާ ބުނު މަޢީނު އަރިހުން އެކަމުގައި ދެރިވާޔަތެއް އައިސްފައިވެއެވެ. އަދި ލުއިދިނުމުގައި އިމާމުންނާއި އެއްބަސްވާ ރައުޔު އިޚްތިޔާރުކުރެވެއެވެ. އަދި އިމާމުން — އަދިކިއެއްތަ؟ އިހުގެ އިމާމުން ތެރެއިން ސުފްޔާން އައްޘަޥްރީ އާއި ޔަޙްޔާ ބުނު ސަޢީދުލް ޤައްޠާން އާއި ވަކީޢު އަދި އެނޫން އެފަދަ ބޭފުޅުން ތަކެއްވެސް އަޙްކާމާޢިބެހޭ ޙަދީޘު ތަކުގައިވެސް ލުއިދެއްވިއެވެ. ވީމާ މީގެ މިންގަނޑަކީ ކޮބައިހެއްޔެވެ؟
🔴ބަލިކަށި ޙަދީޘު ރިވާޔަތްތައް ބަލައިގަނޭވޭ މިންގަނޑުތައް (ޟަވާބިޠު)
އިމާމުން عليهم رحمة الله މިކަމުގައި މައިގަނޑު ޟަވާބިޠު ތަކެއްގައި ހިފެހެއްޓެވިއެވެ. އަހަރެމެންނަށް އެތަކެތި މިއަންނަނިވި ގޮތުގައި ޚުލާޞާކޮށް ބަޔާންކޮށްލެވިފާނެއެވެ:
ފުރަތަމައީ: އެޙަދީޘަށް ދަލީލުކުރާ އަޞްލެއް އޮތުން: އެހެންޏާ ރަސޫލު ﷲ ﷺ އަރިހުން ޘާބިތުގޮތުގައި އެކަން ޙަދީޘުން އައިސްފައި އޮތުމެވެ. ނޫނީ މަޥްޤޫފު ޙަދީޘް ގޮތުގައި ރަސޫލު ﷲ ﷺ ގެ އަޞްޙާބުކަލުންގެ އަރިހުން (އެބޭފުޅުންގެ ބަސްފުޅުގޮތުގައި) މަޝްހޫރުކޮށް (مستفيضة) އެ ޢަމަލެއްގެ ފަޟުލު ބަޔާންކޮށް ވާރިދުވެފައި ވުމެވެ. އެހެނީ އަޞްޙާބު ބޭކަލުން ކަމަކާއިމެދު އެއްބަސްވެލައްވައި އޭގެ ސުންނަތްކަމާއިމެދު ބަސްވިދާޅުވެ ދެން ރަސޫލު ﷲ ﷺ އަރިހުން އައިސްފައިވާއެއްޗެއް އެއާއި ޚިލާފަށް އައުމީ އެކަށީގެންވާނޭ ކަމެއް ނޫނެވެ.
މިސަބަބަށްޓަކައި އަހަރެނެން ބުނަނީ: ފަޟާއިލާޢި ބެހޭ ޙަދީޘުގައި ، ރަސޫލު ﷲ ﷺ އަރިހުން އެޢަމަލުގެ އޭގެ އަޞްލަށް (ޘާބިތުވެ) އޮވެފައި، ދެން އެއާއި ވަކިން އޭގެ ފަޟުލު (މާތްކަން) ބަލިކަށިކޮށް ވާރިދުވެފައިވާނަމަ: އޭގައި (ހިފުމުގައި) ގޯހެއް ނެތެވެ. އެހެނީ އެޢަމަލުގެ އަޞްލު (ޘާބިތު ރިވާޔަތުން) ޝަރުޢުވެ އެބައޮތެވެ.
ދެވަނައީ: އެކަން އަޞްޙާބު ބޭކަލުންފުށުން عليهم رضوان الله އައިސްފައިވާނަމަ، ޢަމަލުތަކުން މިވެނިކަމަކީ މަޝްރޫޢުވެފައިވާ ކަމެކޭ، ދެން މުސްތަޤިއްލު ޙަދީޘަކުން ނަބިއްޔު ﷺ އަރިހުން އެޢަމަލުގެ (ފަޟުލު) މާތްކަން އައިސްފިނަމަ، އެބަހީ ފަޟުލު މިއޮތީ މަރުފޫޢުކޮށް އަދި އެކަން ޝަރުޢުވުމުގެ ޘުބޫތު މިއޮތީ މަޥްޤޫފުކޮށް (އަޞްޙާބުންގެ ބަހެއް ގޮތުގައި)، ފަހެ ޢިލްމުވެރިން މިދެޙާލަތްވެސް އެއްމިންގަނޑަކުން ކިރުއްވައި، މިތަރަހައިގައި ޙަދީޘު ޤަބޫލު ކުރައްވައެވެ.
ތިންވަނައީ: އިމާމުން عليهم رحمة الله ޝަރުޠުކުރައްވަޔޭ މިފަދަ ޙަދީޘުގައި އިންތިހާ ޝަޢީފުކަން ނުވުން، އަދި (شديد الضعف) އިންތިހާ ޟަޢީފޭ ބުނެވޭ ބަހުގެ މާނައީ: مجهول العين ރާވީ އަކަށް ނުވުމެވެ. (އެބަހީ: އެންމެ ރިވާޔަތަކުން ނޫނީ ނޭނގޭ އަދި އެރިވާޔަތުގައި އޭނާގެ ނަން ގެނައި މީހާފުށުން ނޫނީ އޭނާގެ އިތުބާރުވާކަން ނޭގޭ ފަދަރާވީއެކެވެ.) އަދި (ޙަދީޘް ރާވީންގެ ޖީލުތަކުން) ފަހުގެ ތަބަޤާއަކަށް (ފަހުގެ ޖީލަކަށް) ނިސްބަތްވާ مجهول الحال ރާވީއަކަށް ނުވުމެވެ.
🔴 ”ސާޅީސް ދުވަސް ވަންދެން (ޖަމާޢަތުގެ ނަމާދުގެ) ފުރަތަމަ ތަކްބީރަށް ރައްކައުތެރިވެއްޖެ މީހާއަށް ދެކަމެއްގައި ބަރީޢާ ލިޔެވޭހުއްޓޭ...“ — މިޙަދީޘްގެ ދަރަޖަ އާއި ބަލިކަށި ޙަދީޘެއް "ހެޔޮ ކަންކަމަށް ހިއްވަރު ދިނުމުގެ" ބާބުގައި ބޭނުން ކުރެވޭގޮތުގެ ޤަވާޢިދުތަކުގެ މައްޗަށް ނަޒަރެއް
[ޢަބްދުލް ޢަޒީޒް އައްޠަރީފީ]
①
❞ ޙަދީޘް: (من حافظ على التكبيرة الأولى أربعين يوماً كتب له براءتان) ”ސާޅީސް ދުވަސް ވަންދެން (މިސްކިތިގެ ޖަމާޢަތުގެ ނަމާދުގެ) ފުރަތަމަ ތަކްބީރަށް ރައްކައުތެރިވެއްޖެ މީހާއަށް ދެކަމެއްގައި ބަރީޢާ ލިޔެވޭހުއްޓެވެ...“
• އަނަސް ބުނު މާލިކު ގެ ރިވާޔަތް
الحمد لله رب العالمين، وصلى الله وسلم وبارك على نبينا محمد، وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين. أما بعد:
ނަމާދުގެ ބާބުގައި އެޙަދީޘު ތަކަކަށް ބައެއް ޢިލްމުވެރިން (އޭގެ ޞައްޙަ ކަމާއިމެދު) ބަސްވިދާޅުވެފައިވާ ބައެއް ޙަދީޘް ތަކާއި މެދު އަހަރެމެން ވާހަކަދައްކާލާނަމެވެ. އަދި މިޙަދީޘް ތަކަކީ އޭގެން (ޢަޅުކަމުގެ) އަޙުކާމުތަކުގެ ބާބަށްވެސް އަޘަރު ފޯރުވާ ތަކެއްޗެވެ.
ފުރަތަމަ ޙަދީޘަކީ: އަނަސް ބުނު މާލިކުގެ ޙަދީޘެވެ. عليه رضوان الله. ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިޔޭ: ( من حافظ على التكبيرة الأولى أربعين يوماً كتب له براءتان: براءة من النار، وبراءة من النفاق ) ”ސާޅީސް ދުވަސް ވަންދެން (މިސްކިތުގެ ޖަމާޢަތުގެ ނަމާދުގެ) ފުރަތަމަ ތަކްބީރަށް ރައްކަާތެރިވެއްޖެ މީހާއަށް ދެކަމެއްގައި ބަރީޢާ ލިޔެވޭހުއްޓެވެ: ނަރަކައިން ބަރީޢަވުމާއި، ނިފާޤުކަމުން ބަރީޢަވުމެވެ.“
މިޙަދީޘް ނަޤުލު ކުރެއްވީ އައްތިރުމިޛީ އެކަލޭގެފާނުގެ ފޮތް، އައްސުނަން ގައި، ޙަބީބު ބުނު އަބީ ޘާބިތު ގެ ޙަދީޘް ތަކުން، އަނަސް ބުނު މާލިކުގެ އަރިހުން، ރަސޫލު ﷲ ﷺ ގެ އަރިހުންނެވެ.
އަދި އައްތިރުމިޛީ އާއި އެނޫން ބޭފުޅުން މިޙަދީޘު އައިބު ކުރައްވާފައިވެއެވެ. އޭގެ ސަބަބަކީ އަނަސް ބުނު މާލިކުގެ އަރިހުން މިޙަދީޘު ރިވާކުޅަ މި ޙަބީބު އަކީ، އޭނާ އަކީ ކާކުކަން ނޭނގި އޮޅުންނުފިލާ ކަމުގެ މައްޗަށް އެކަކަށްވުރެ ގިނަ ބޭކަލުން ބަސްވިދާޅުވެފައި މީހެއް ކަމުގައި ވުމެވެ. އަދި އިބްނު އަބީ ޙާތިމް އެކަލޭގެފާނުގެ ފޮތް، އަލްޢިލަލް ގައި ޛިކުރުކުރައްވާފައިވެޔޭ، އެކަލޭގެފާނުންގެ ބައްޕާފުޅުގެ އަރިހު މިމީހާ އާއިމެދު އެއްސެވީމޭ، އެހެނަސް އެނގިވަޑައިނުގަންނަވާ ކަމުގައެވެ. އަދި މިސަނަދުން އަނަސް ބުނު މާލިކުގެ އަރިހުން ރަސޫލު ﷲ ﷺ ގެ އަރިހުން މިރިވާޔަތް ގެނައުމުގައި އޭނާ އެކަހެރިވެފައިވެއެވެ. (މަރުފޫޢަ ގޮތުގައި މި ބަސްކޮޅު މިސަނަދުން ރިވާކުރީ އޭނާ މެދުވެރިވާގޮތުގައި އެކަންޏެވެ.) އަދި ހަމަމިބީދާއިން، އަބުލް ފަރަޖް އިބްނުލް ޖަޥްޒީ ވެސް މިރިވާޔަތް އެކަލޭގެފާނުގެ ފޮތް، އަލްޢިލަލް ގައި، އައިބުކުރެއްވިއެވެ.
މީގެ އިތުރުން: މިޙަދީޘުގެ ސަނަދު ގައި އޮޅުންބޮޅުން އެކުލެވިގެންވެއެވެ. އެގޮތުން ބައެއްފަހަރު އަނަސް ބުނު މާލިކުގެ ސަނަދުން ރަސޫލު ﷲ ﷺ އަރިހުން އައިސްފައިވާހިނދު، ބައެއްފަހަރަށް އަނަސް ބުނު މާލިކުގެ ސަނަދުން، ޢުމަރު ބުނުލް ޚައްޠާބުގެ މަގުން ރަސޫލު ﷲ ﷺ އަރިހުން ކަމަށް އައިސްފައިވެއެވެ. އަދި މިކަމަކީވެސް މިރިވާޔަތުގެ ޞައްޙަނޫންކަމުގެ މައްޗަށް އޮތް ވަޖުހެކެވެ. އެހެނީ މިޙަދީޘު އަނަސް ބުނު މާލިކު އަރިހުން ޢުމަރު ބުނުލް ޚައްޠާބު މެދުވެރިކޮށް ރަސޫލު ﷲ ﷺ އަރިހުން ރިވާވެފައިވެއެވެ. އަދި މީގެން ރަނގަޅު އެއްޗަކީ: އެއީ އަނަސް ބުނު މާލިކުގެ ޙަދީޘުތަކުން ޙަދީޘެއްކަމެވެ. ޢުމަރުގެފާނުގެ ޙަދީޘުންނެއް ނޫންކަމެވެ. އަދި މިދެމަގުންވެސް އެއީ ޟަޢީފު އަދި (އިހުގެ ޙަދީޘު އިމާމުންގެ) ޢިލްމުވެރިންގެ ތެރެއިން ބޭކަލެއް އަރިހުގައި ޘާބިތު ނޫން ތަކެއްޗެވެ.
މީގެ އިތުރުން: މިޙަދީޘުގެ މަތަނުގައި (އެބަހީ: ބަސްކޮޅުގައި) ތަފާތުކަން އައިސްފައިވެއެވެ. އެއީ އަނަސް ބުނު މާލިކުގެ ޙަދީޘުކަމަށްވިޔަސް ނޫނީ ޢުމަރު ބުނުލް ޚައްޠާބުގެ ރިވާޔަތުންވިޔަސްމެއެވެ. މިހެނީ، އަނަސް ބުނު މާލިކުގެ ޙަދީޘުގައި ވަނީ: ( من أدرك التكبيرة الأولى أو من حافظ على التكبيرة الأولى ) ”ފުރަތަމަ ތަކްބީރު އަތުޖެހިއްޖެ މީހާ“ ނުވަތަ ”ފުރަތަމަ ތަކްބީރަށް ރައްކައުތެރިވެއްޖެ މީހާ“ މިހެންނެވެ. އަދި އިބްނު މާޖާ އެކަލޭގެފާނުގެ ފޮތް، އައްސުނަން ގައި، ގެންނަވާފައިވެޔޭ ޢުމަރު ބުނުލް ޚައްޠާބުގެ ޙަދީޘުތަކުން عليه رضوان الله، ވިދާޅުވިޔޭ: ( من لم تفته الركعة الأولى ) ”ފުރަތަމަ ރަކުޢަތް ނުގެއްލިއްޖެ މީހާ“ މިހެންނެވެ. ވީމާ ފުރަތަމަ ރަކުޢަތް ކަމުގައި ޛިކުރުކުރެއްވިއެވެ. އަދި އަނަސް ބުނު މާލިކުގެ ޙަދީޘުން ޛިކުރުވެވުނީ ފުރަތަމަ ތަކުބީރޭ އެވެ. ވީމާ މިކަމުގައިވާ މިޙަދީޘު މުންކަރެވެ. (ޞައްޙަބައި ޚިލާފުވެ ބަލިކަށްޓެވެ).
❞ ފާފަ ފުއްސެވުމުގެ ވަސީލަތް ތަކުގެ ތެރޭގައި: ތަޥްބާ ވެއެވެ. އެއީ އޭނާ އަރައިގަތް ފާފަ ނޫނީ ދޫކުޅަ ވާޖިބާއިމެދު، ފުއްސެވުން އެދި ﷲ އަށް އެނބުރިގަނެ (އިނާބާވެ) އެއިލާހަށް ރުޖޫޢަވުމެވެ.
އެއަށް ތިން ޝަރުޠެއް ވެއެވެ:
• ދެރަވުމާއި
• އެފާފައިން ވީއްލިގަތުމާއި
• އެއަށް އަނބުރައި ނުދިޔުމަށް ޢަޒުމު ކުޅައުމެވެ.
އަދި އެކަމަކީ މަޚްލޫޤެއްގެ ޙައްގު އޭގައި އެކުލެވޭ ކަމެއް ނަމަ، އެޙައްޤެއް އަނބުރައި ދިނުމެވެ. ނުވަތަ އެނާފުށުން ހިތްހަލާލު ހޯދުމެވެ. ❝
— ޝެއިޚް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)
~ ގަލަންދާނު
②
މިސަބަބަށްޓަކައި މީހަކު މިޘާލަކަށް، ޒިޔާރަތެއް ދޮށަށް ގޮސްފައި، ނޫނީ މަޒާރެއް ނޫނީ ޤަބުރެއްދޮށުގައި ހުރެ، އޭނާ ހަމައެކަނި ﷲ އަށް ޚާލިޞްވެ ނަމާދުކުރިޔަސް ވަރިހަމައެވެ. އޭނާ އެކަންކުރުން ހުއްދަވެގެން ނުވެއެވެ. އެއީ ކީއްވެހެއްޔެވެ؟ އެހެނީ އޭނާ ގެ އެއަޅުކަން ފެންނަމީހާ އަށް ނެގެނީ އޭނާ އަޅުކަން އެކުރާނީ އެޤަބުރަށްކަމަށެވެ. އެއީ އޭނާ ޙަޤީޤަތުގައި އަޅުކަމުގައި ހުރީ ﷲއަށް އެކަނި ކަމުގައިވިޔަސް އެވެ. ފަހެ އެހެނީ ތިބާ (އެތަނެއްގައި އެއްވެ ހުރުމުން) އެވެރިންގެ އަދަދު އިތުރުކުޅައެވެ.⁽¹⁾ އެހެނީ ބަޔަކު މީހުން އައިސް އެއްވުމަށް ބަލާއިރު، އިރުމަތީ ކަރައިގެ މީހަކާއި ހުޅަނގު ކަރައިގެ މީހަކާއި، ޔަމަނު މީހަކާއި ޢިރާޤު މީހަކާއި ތިބާވެސް އެތަނުގައި އޭގެ ތެރެއިން ފެނި އަދާދުކިރެއެވެ. އަދި ﷲ عز وجل ވަނީ ބޭރުފުށުން އެއްވެ އުޅުމުގެ މައްޗަށް އިންޒާރުކުރައްވާފައެވެ. އެމަނައުގައި އެތެރެފުށް އެނޫން ގޮތަކަށް އޮތަސް ނެތަސް ފަރުވާލެއްނެތެވެ.
މިހެންކަމުން އަބޫ ދާޥޫދު އެކަލޭގެފާނުގެ ސުނަން ފޮތުގައި، ޘާބިތު ބުނުއް ޟައްޙާކުގެ ޙަދީޘް ތަކުން ރިވާކުރެއްވިއެވެ: ”މީހަކު ރަސޫލު ﷲ ﷺ އަރިހަށް ވަޑައިގެން ދަންނަވައިފިޔޭ، އޭ ﷲ ގެ ރަސޫލާއޭ، ބުވާނާ ގައި ޖަމަލެއް ކަތިލުމަށް އަހަރެން ނަޛުރުބުނައްޖައީމޭ.“ —މިބުވާނާ އޭ ކިޔުނު ތަނަކީ ރަތްކަނޑައި ގާތުގައި އޮންނަ އައްސޭރިފުށުގެ އަވަށެކެވެ. އަދި އެއީ ބުވާނާއޭ ކިޔުނު ފަރުބަދައެކެވެ. — އޭނާ ގަސްތަކީ ﷲ އަށްޓަކައި ގުރުބާނީއެއް ކުޅައުމެވެ. އަދި މިއާއިއެކުވެސް ނަބިއްޔު ﷺ ސުވާލުކުރެއްވިއެވެ: ”ޖާހިލިއްޔަތުގެ އެއްވެސް އިރެއްގައި އަޅުކަންކޮށް އުޅުނު ބުދެއް އެތާނގައި ހުރި ހެއްޔެވެ؟“ އޭނާ ދެންނެވިއެވެ: ”ނޫނެކެވެ.“ ޙަދީޘް ކުރެއްވިއެވެ: ”އެތާގައި އެވެރިންގެ ޢީދު ޙަފުލާތަކުން ޙަފުލާއެއް ފާހަގަކޮށް އުޅުނުހެއްޔެވެ؟“ ދެންނެވިއެވެ: ”ނޫނެކެވެ.“
ނަބިއްޔާ ﷺ މިސުވާލުތަކުން ވިސްނުވައިދެނީ، މީހަކު ދުރުތަނެއްގައި ކަމެއް ކުރުމަށް އެދޭނަމަ، އޭނާގެ ނަފްސާއި ގުޅުން އޮތް ކަމެއް އެތަނުގައި ވުމެވެ. އެހުން ނޫންނަމަ އެތަން ޤަޞްދުކުޅައީ ކޮންބޭނުމަކު ހެއްޔެވެ؟ އެހެންކަމުން ނަބިއްޔު ﷺ ތަފްޞީލު އޮޅުން ފިއްލެވިއެވެ. އެއީ ބޭރުފުށަށް އެކަމުގައި އެހެން މީހަކަށް އޮޅުން އަރާފާނޭ ކަމެއް އޮވެދާނެތީއެވެ.
މިގޮތުން އަހަރެމެން ބުނަނީ (ﷲ އަށް ކުރެވޭ) އަޅުކަމުގައިވެސް، މިޘާލަކަށް މީހަކު ﷲ އަށް ގުރުބާނީ އެއް ކަތިލަނީ، އެހެނަސް އޭނާ ބުނަނީ އެތަނަކީ މިޘާލަކަށް ޞަލީބަށް ކަތިލާ ނޫނީ މިޘާލަކަށް ބުދަށް ނޫނީ އެނޫން ފަރާތަކަށް ގުރުބާނީ ކަތިލާ ކޯއްޓޭއެކޭ — ވީމާ މީހަކަށް މި (ﷲ ފިޔަވައި އަޅުކަން ކުރެވޭ) ވަޘަނަށް ގުރުބާނީ ކަތިލެވޭ ތަނަށް ގޮސް، ބޭރުފުށުން އެއްގޮތްކަން ވިޔަސް، ﷲ އަށް ނިޔަތް ގަނެ އޭނާ އަމިއްލަޔަށް އެތާނގައި ގުރުބާނީއެއް ކަތިލުން ހުއްދަހެއްޔެވެ؟ އަހަރެމެން ބުނަނީ އެކަން އޭނާއަށް ވަނީ ނަހީކުރެވިގެންނޭ އެވެ.
މިސަބަބަށްޓަކައި ޝަރީޢަތުގައި ވަނީ (ކާފަރުންނަށް ޚާއްޞަ ކަންކަމުގައި) އެއްގޮތްވުން — އެއީ ކިތަންމެ އާދައިގެ ކަމެއްވިޔަސް — ނަހީވެވިގެން ވުމެވެ. އެއީ އިމާމް ޢަޙުމަދުގެ މުސްނަދުގައި، އަބީ މުނީބު ފުށުން، ޢުމަރުގެފާނުގެ އަރިހުން ގެންނެވި ރިވާޔަތުގައިވާ ފަދައިން: ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ «من تشبه بقوم فهو منهم» ”ބަޔަކާއި އެއްގޮތްވެގަނެފި މީހާ ވަނީ، ހަމަ އެވެރިންގެ ތެރެއިންނެވެ.“
މީހަކު އެހެންބަޔަކާއި އެއްގޮތްވާ ވަރަކުން އެކަމަކީ ފެށި މަޑުމަޑުން ބޮޑުވަމުންދާކަމެވެ. މިހެންކަމުން ބައެއް މީހުން އެއްގޮތްވެގަންނަނީ ނޫނީ ބައެއް ކަންތައް އެއްގޮތް ކުރަނީ އާޝޯޚުވެ ހިތްގައިމުވެގެންނެވެ. އަދި އާޝޯޚުވުމަކީ ހަމައެކަނި ބޭރުފުށަށް އޮންނަ އެތެރެފުށުން ބަޔެއްނެތި އޮންނަ އެއްޗެއް ނޫނެވެ. ވީމާ އޭނާ ބަހުރުވައިން އެވެރިންނާއި އެއްގޮތްވެއެވެ. ދެން ޢަމަލުންނެވެ. ދެން ޢަމަލުގައި އިތުރުވެ ގަދަވަމުންދެއެވެ. މިޘާލަކަށް އެކަން ފެށެނީ ސުލޫކީ ކަމަކުންނެވެ: ބޯކޮށުމުގެ ވައްޓަފާޅި ފަދައިންނެވެ. ދެން ލާތަކެތިންނާއި ހެދުމުންނެވެ. ދެން ބަހުރުވައެވެ. އެއީ އޭނާގެ ޢަރަބި (މާދަރީބަސް) ބީވެއްޖެއުމާއި ހަމައަށެވެ. ދެން އެވެރިންގެ ދީނަށްވެސް އޭނާގެ ހިތްލެނބެއެވެ. އެހެނީ ޝައުޤުވެރިކަމާއި ހަވާނަފްސަކީ ދީނުގެ ތެރެއިންވާ ކަންކަމާއި ޢާދަކާދައިގެ ތެރެއިންވާ ކަންކަން ވަކިކޮށް ފަރުޤުކޮށްދޭ އެއްޗެއް ނޫނެވެ. މިހެންކަމުން ޢާދަކާދަތަކުގެ ނިވަލުގައި އެއްގޮތް ވެގަންނަ މީހާ، އެހެންގޮސް ދީނީ ކަންކަމުގައި ކޮޕީކޮށް އެއްގޮތް ވުމުގެ ތެރެއަށްވެސް ވެއްޓިދެއެވެ. މިހެންކަމުން ޝަރީޢަތުން މި ހުރަސް ގެނުވާފައިވަނީ އިސްލާމް ދީނުގެ ދާއިރާ ޙިމާޔަތް ކުރުމަށެވެ.
----------------
[1] އިބްނު ޢައްބާސް ވިދާޅުވިއެވެ: (من كثّر سواد قوم فهو منهم ومن رضي عمل قوم كان شريك من عمل به’) (ޙަފުލާތަކުގައި ހުރެ) ބަޔެއްގެ އަދަދު ގިނަކޮށްދޭ މީހާ، އޭނާ ވަނީ އެވެރިންގެ ތެރެއިންނެވެ. ބަޔެއްގެ ޢަމަލާއިމެދު ރުހިއްޖެ މީހަކީ، އެކަމެއް ކުރި މީހުންގެ ބައިވެރިއެކެވެ.
🗣Evil Eye and The Du‘ā for Barakah
❝ Ḥadīth
«إذا رأى أحدكم ما يعجبه فليبرِّك»
“If one of you sees something that he likes, let him (supplicate to) bless it,” ⁽¹⁾
— i.e. let him pray for blessing, such as saying:
(اللَّهُمَّ بَارِكْ)
(Oh Allah, bless it), or
(بارَكَ اللَّهُ لَك)
(May Allah bless you)
— and similar expressions.
❌ As for people saying:
”ما شاء الله تبارك الله“
“Allah has willed it; blessed be Allah”
— this has nothing to do with the above ḥadīth. Since this is a glorification to Allah عَزَّ وَجَلَّ, (signifying his attributes and is not a supplication), that "nothing is possible except with His Will". The other denotes the Magnificence of Allah سبحانه وتعالى and in increase of His bounty and goodness. ❞
— Ṣāliḥ Al- ʿUṣaymī (text)
~ Galandān
------------------
[1] There is a dispute regarding the authenticity of some of the narrations of this ḥadīth. As for the narration of Sahl ibn Ḥunayf, it is Ṣaḥīḥ — Allahu Aʿulam — see: Muḥammad bin Sinjāb Al-Atharī's "Al-ʿAynu Ḥaqqun" (p. 28) notes under "the Ḥadīth of Sahl ibn Ḥunayf." For the complete text of the ḥadīth En/Ar (see)
Also See: details on the issue in general, Islamqa Fatwa (130786) and (267316)
⬆️
މަތީގައިވާ މައްސަލާގައި، ދިވެހިބަހުން ކުރިން ޝާއިޢު ކުރެވިފައިވާ ޕޯސްޓަރ އެއް.
~ ގަލަންދާން
①
❝ When sitting for the tashahhud, the method of clenching the fingers of the right hand is (generally) in two methods:
The First Method: He clenches two of his fingers, namely the little finger and the ring finger, and circles his thumb and the middle finger, and points with his index finger and bends it slightly.
This description came from the two ḥadīths: (One is from) ʿAyyūb, on the authority of Nāfʿi on the authority of ʿAbdullah bin ʿUmar رَضِيَ ٱللَّٰهُ عَنْهُما , and from the ḥadīth of: Wāel bin Hujr, رَضِيَ ٱللَّٰهُ عَنْهُ — Except the phrase "he bent it a little" which was reported from the ḥadīth of Mālik bin Numayr Al-Khuzāʿī, on the authority of his father, رَضِيَ ٱللَّٰهُ عَنْهُ, who said: “I saw the Prophet ﷺ, placing his right hand on his right thigh and raising his forefinger curving it a little.”
As for chain of transmission of this ḥadīth of Mālik: it is not problematic, and Ibn Khuzaymah authenticated it. As for Mālik bin Numayr: His reliability is not problematic (lā baʾsa bihī) ⁽¹⁾
The Second Method: He clenches all his fingers, and points with the index finger only.
This description came from the ḥadīth of ʿAlī bin ʿAbdul Raḥmān Al-Muʿāwī, on the authority of ibn ʿUmar رَضِيَ ٱللَّٰهُ عَنْهُما: “The Messenger ﷺ clenched all his fingers, and pointed with the finger which is adjacent to the thumb.” This was narrated by Muslim in his Ṣaḥīḥ.
⏺ None other than these two methods are proven. And the pointing is done with one finger only.
🔵As for moving the index finger which is pointed: the Sunnah is to point with it only, as for moving, then no.
Those who advocated moving it uses as evidence, what was narrated by Zāidah bin Qudāmah, on the authority of ʿĀsim bin Kulayb, on the authority of his father, on the authority of Wāel bin Ḥujr, رَضِيَ ٱللَّٰهُ عَنْهُ: “He ﷺ, raised his finger... moving it, supplication with it.” (يحرِّكُها يدعو بها)
His narration added the words “moving it”. This is an anomalous addition, and it stands itself (tafarrad) contradictory to the rest of the trustworthy imāms who narrated the ḥadīth (from the same narrator.) ⁽²⁾
It was also narrated what was in direct contradiction to it, from the ḥadīth of ʿAbdullah bin Al-Zubayr رَضِيَ ٱللَّٰهُ عَنْهُ, as brought by Al-Nasāʾī, where he said: “The Prophet ﷺ used to point with his finger when he supplicated, but would not move it,” so it added: (ولا يحرِّكُها) “He would not move it”, and this addition is more stronger (in chain) than Zāidah bin Qudāmah’s additioning, and it contradicts it.
🔵And the meaning of “when he supplicates” i.e. “when he recites the tashahhud”. ⁽³⁾
🔵 In brief: the authentic aḥādīth does not contain proof of "moving", rather what it states is "pointing", and "pointing" does not necessitate "movement". On the contrary, movement is something additional to the pointing, which is in need of authentic evidence. If you move your hand, this is something more than just pointing with it. ❞
— Shaykh Al-Muḥaddith ʿAbdullah Al-Sʿad (text)
~ Galandān
------------------
[1] As for the narration [Curving it a little] note that Al-Ṭārīfī ruled it as defective, and the reason for this is the dispute in the reliability of Mālik bin Numayr and an apparent tafarrud by him (Ref. Al-Ṭārīfī here). Al-ʿAlwān also declared it defective and stated that tafarrud of Mālik bin Numayr is not acceptable in such a matter. (Ref. Al-ʿAlwān here) As for Shaykh ʿAbdullah Al-Sʿad , he differed, his reponse in declaring the narration as "acceptable" can be viewed (here).
#حديث_ضعيف
“It is not proven that the Isrā’ and Mi’rāj occured in (the month of) Rajab, and there is no authentic ḥadīth from the Prophet ﷺ nor from any of the Companions, specifying its year, month, or day.”— 'Abdul 'Azīz Al-Ṭārīfī (quote)
“...The saying that Isrā’ occured in Rajab has no basis. It is said that it was in Rajab. Likewise it is said Rabī’ al-Awwal. It is also said other than these and there is no basis for this nor that. Even the (sepcific day of) Isrā’ has not been proven, so how can the month be proven? The opinion of the majority is that Isrā’ occured three years before the Hijrah —this is the opinion of the majority of scholars and the majority of biographers. As for specifying the specific month being such-and-such —nothing has been proven about it, and even if anything had been proven, this does not mean that this month is (out of ordinarily) designated for worship, 'Umrah, or anything else...” — Shaykh Sulaymān bin Nāṣir Al-'Alwān (audio)
~ Galandān