qalandhar | Unsorted

Telegram-канал qalandhar - Galandān ގަލަންދާނު

1843

ޢިލްމު އަދި އެއަށް ލޯބިކުރާ ދަރިވަރުންނަށް Notes by, ibn Fahmī Dīdī عفا الله عنه Friends & family

Subscribe to a channel

Galandān ގަލަންދާނު


މިއާއިއެކު، ބައެއް މީހުން ކަންތައް ކުރާ ފަދައިން، (ކުރިމަތީ އޮތް ޞަފުން) މީހެއް ފަހަތަށް ގެނައުމީ، ގޯސް ކުށެކެވެ. އަދި ހުސްޖާގަޔެއް ނުލިބިއްޖެ މިހާ އެހެން މީހެއް ފަހަތަށް ގެނައުމާއި މެދު ، އިމާމް މާލިކާއި ސުވާލު ވެވުނެވެ. އެއީ  "އަލްމުދައްވަނާ" ގައި ނަގުލުވެފައިވާ ފަދައިންވެ. ވިދާޅުވިއެވެ: ”އެއީ އަނިޔާއެކެވެ.“ އެބަހީ، އެއީ އެމީހާއަށް ވެވޭ ބޭއިންސާފެކޭ އެވެ. އަދި އެއާއެކު އެއީ ޞަފެއް ކަނޑައިލުންވެސް މެއެވެ.  އެބަހީ: ގުޅިފައިވާ ސަފެއް މެދުކަނޑައިލުމެވެ. (ومن قطع صفاً قطعه الله) "އަދި ގުޅިފައިވާ ޞަފެއްގެ  މެދުކަޑައިފި މީހާ، ދަންނައެ، ﷲ އޭނާ އާއި ގުޅުން ކަނޑުއްވައެވެ.“  މިސަބަބަށްޓަކައި (ކުރީ ސަފުން) މީހަކު ދަމައި ގެނައުން ހުއްދަވެގެންނެއް ނުވެއެވެ. އަދިކިއެއްތަ، އޭނާއަށް ވަނީ އެކަނި ހުރެ ނަމާދު ކުރުމެވެ. އެހެން ނޫނީ ނަމާދު ޖަމާޢަތް ގެއްލި ދިޔަޔަސް މީހަކަށް އިންތިޒާރުކޮށްގެން ހުރުމެވެ.


(މިގޮތް ހެޔޮކަން ބޮޑޭ ސަފުކެނޑުމަށްވުރެ) އަދި އޭނާ އަށް ވަނީ ޞަފުގެ ތެރެއިން ދަމައިގެނެގެން މިއަނެކާއަށް ޢަނިޔާވެރި ނުވުމެވެ. އަދި ފުރަތަމަ ޞަފުގެ ފަޟުލުން އޭނާ މަހުރޫމު ނުކު
ރުމެވެ.

އަދި (ވަކިން ހުންނަ) މައުމޫމު މީހެއް ، އިމާމު މީހާގެ ކަނާތް ފަރާތުގައި ހުރުމުގައިވެސް މަނަލެއް ނެތެވެ. އެހެނީ ނަބިއްޔު ﷺ ގެ އާލާސްކަންފުޅުގައި، ލުއެއް އިހުސާސުވެލެއްވުމުން ނިކުމެވަޑައިގެން އިމާމުވެލައްވައި މީސްތަކުންނާއި އެކު ނަމާދު ކުރެއްވިއެވެ. އަދި އަބޫ ބަކުރު ހުންނެވީ އެކަލޭގެފާނުގެ ކަނާއަތުގައެވެ. އެހެންކަމުން ނަބިއްޔު ﷺ އަކީ އިމާމެވެ. އަދި އަބޫ ބަކުރު ނަމާދު ކުރެއްވީ ރަސޫލު ﷲ ﷺ ގެ ނަމާދުފުޅުންނެވެ. އަދި މީސްތަކުން ނަމާދު ކުރީ އަބޫ ބަކުރުގެ ނަމާދުފުޅުންނެވެ. އަދި ކުރިން މިޙަދީޘް ނަންގަނެވި ހިނގައްޖެއެވެ. އަދި އެއީ އޭގެ ޞައްޙަކަމުގައި (އަލްބުޚާރީ އާއި މުސްލިމް) އިއްތިފާޤުވެލެއްވި ޙަދީޘެކެވެ.

އަދި މިޙަދީޘުގައި: އެހެންޏާ ހުސްޖާގަ ނެތިގެން ނޫނީ އެނޫން ޢުޛުރެއް ނޫނީ ސަބަބުތަކުން ސަބަބަކަށްޓަކައި ވިޔަސް އިމާމު މީހާގެ ކަނާތުގައި ހުރުމުގެ ހުއްދައިގެ މައްޗަށް ދަލީލުވެއެވެ. ❝



— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން (ثبته الله)

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

 ③ 
އަދި އައްޠަބަރާނީ "އަލްމުޢްޖަމް އަލްއަޥްސަޠު" ގައި އިބްނު ޢައްބާސްގެ އަރިހުން އެޙަދީޘު ރިވާކުރައްވައި އޭގެ ލަފުޡުގައި ވެޔޭ: (ألا دخلت معهم أو اجتررت رجلاً) ”ތިބާ އެވެރިންނާއި އެއްސަފަށް ނުއައީ ކީއްވެ ހެއްޔެވެ؟ އެހެންނޫނީ (ޖާގަނެތްނަމަ) އެއިން މީހެއް ފަހަތަށް ނުގެނައީ ކީއްވެހެއްޔެވެ؟“ — އަދި މީގެ ސަނަދު ޟަޢީފެވެ. އެހެނަސް އަލްޙާފިޡު ގެ ބަސްފުޅު "އައްޠަބަރާނީ ރިވާކުރެއްވިޔޭ ވާބިޞާ ގެ ޙަދީޘުން" ފަހެ އަހަރެން (އައްޠަބަރާނީ ގެ) "އަލްމުޢްޖަމް އަލްމަބީރް" ގެ ވާބިޞާގެ މުސްނަދުގެ ދަށަށް ރުޖޫޢަވެ ބެލިބެލުމުގައި، އައްޠަބަރާނީ އަރިހުގައި މި ލަފުޡެއް ނެތެވެ. އެ ނަޤުލުވެފައި ވަނީ ޢަބޫ ޔަޢްލާގެ "އަލްމަފާރީދް" އަދި އަލްބައިހަޤީގައެވެ. އަދި އޭގެ ސަނަދުގައި އައްސަރިޔި ބްނި އިސްމާޢީލު ހިމެނެއެވެ. އޭނާއަކީ ޙަދީޘުގައި މަތުރޫކު މީހެކެވެ. (ބަލައިނުގަނެވޭ މީހެކެވެ.)

އެހެންކަމުން ، ވާބިޞާ ގެ ޙަދީޘުގެ ޚުލާޞާ އަކީ: ދެ ލަފްޡެއްގައި އެ ޞައްޙަ ކަމެވެ. އެއީ (أن النبي صلى الله عليه وسلم أمره أن يعيد الصلاة) ( އޭނާ އަލުން ނަމާދު ޢިޔާދަ ކުރުމަށް ނަބިއްޔު ﷺ އަމުރުކުރެއްވިއޭ) އޮތް ލަފުޡާއި، (لا صلاة لمنفرد خلف الصف) ) (ނަމާދުގެ ޞަފުގެ ފަހަތުގައި އެކަނިމާއެކަނި ހުންނަ މީހާއަށް ނަމާދެއް ނުވެއޭ) އޮތް ލަފުޡެވެ.

ދެންފަހެ (هل جررت رجلاً؟) (އެތަނުން މީހެއް ފަހަތަށް ނުގެނައީ ކީއްވެތޯ) އޮތް ލަފުޡު، ދަންނައެ، މިއީ މަތުރޫކު ލަފްޡެކެވެ.

މިހެންކަމުން ވާބިޞާ ގެ ޙަދީޘުން ޙުއްޖަތް ގެންނަވައި އިމާމް އަޙްމަދު ނަމާދު ޖަމާޢަތުގެ ޞަފުތަކު ފަހަތުގައި އެހެންޏާ ޞަފުތެރެއިން ޖާގަ އޮވެމެ (ގަސްތުގައި ނާރާ) ނޫނީ ޖާގައެއް ނެތިތީވެ ވިޔަސް — އެކަހެރިކޮށްހުރެ ކުރާ ނަމާދު، ބާޠިލު ކަމުގައި ކަނޑައެޅުއްވިއެވެ. އެހެނީ ނަބިއްޔު ﷺ އެމީހާއަށް ނަމާދަ އިޔާދަ ކުރުމަށް އަމުރު ކުރެއްވިހިނދު، ޖާގަޔެއް އޮތްތޯ ނޫނީ ނެތްތޯ ޢާއިމެދު ތަފްޞީލެއް ނުގެންނަވައެވެ. އަދި (ފިޤުހީ ޤަވާޢިދުގައި ބުނާ ފަދައިން) ކަމެއްގެ (އިސްތިޘްނާ) ހާމަކޮށްދޭން ޖެހޭ ޙާލަތެއްގައި، އެކަން ފަސް ކުޅައުމަކީ ޖާއިޒުކަމެއް ނޫނެވެ. (އެބަހީ: އެވަޤުތު އެކަން ބަޔާން ކުރައްވާފައި ނެތުމަކީ، އޭގައި އިސްތިޘްނާއެއް ނެތްކަމުގެ ހެތްކެކޭއެވެ.)

ނަމަވެސް މިކަމުގައި ބުނެވިދާނެއެވެ: ފަހަރެއްގައި ސަލާމް ދެއްވިހިނދު ނަބިއްޔު ﷺ އަށް ޞަފުގައި ހުސްޖާގަ އޮތްކަން ފެނިވަޑައިގެންފައި އޮވެދާނެއެވެ. ވީމާ މިމީހާއަކީ ފަރުވާކުޑަ މީހެއްކަން އެނގިވަޑައިގެން ހުންނަވައި، އެސަބަބަށްޓަކައި އޭނާ ނަމާދު ޢިޔާދަ ކުރަން އަމުރުކުރައްވާފާނެއެވެ.

ތިންވަނަ ރައުޔަކީ: ހުސްޖާގަޔެއް ނުލިބިއްޖެ މީހާ ޖަމާާޢަތުގެ ޞަފުތަކުގެ ފަހަތުން އެކަހެރިކޮށް ޞައްފެއް ހަދާނީއެވެ. އަދި އެހިނދު އޭނާގެ ނަމާދު ޞައްޙައެވެ. އެހެނީ ސަފުހެދުމީ ވާޖިބެކެވެ. އަދި (ވާޖިބު) ޢުޛުރާއި ލައިގެން ކެނޑިދެއެވެ. އަދި މިއީ ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ އިޚްތިޔާރު ކުރެއްވި ރައުޔެވެ. އަދި އެތަކެއް ވާޖިބެއް ޢުޛުރާއި ލައިގެން ކެނޑިދާކަމުގެ މައްޗަށް ޝެއިޚު ގިނަގުނަ މިޘާލުތައް ޛިކުރުކުރެއްވިއެވެ. އަދިކިޔެއްތަ؟ ނަމާދުގެ ބައެއް ރުކުންތައް ވެސް — މިޘާލަކަށް ކޮޅަށް ހުރުން — ޢުޛުރަކާއި ވިދިގެން ނެއްޓިދެއެވެ. އެހެންކަމުގައި ވަނީނަމަ ފަހެ ޞަފުހެދުން އަދިކޮބައިހެއްޔެވެ!؟


🗯 މީގެން ކޮންމެ ރައުޔެއްގެ ބައިވެރިންވެސް އަނެކުންނަށް ރައްދުދެނީ އަނެއްބަޔެއްގެ ދަލީލުތަކަށް ރައްދުދީގެންނެވެ:

އެގޮތުން، ފުރަތަމަ ރައުޔުގެ ބައިވެރިން ބުނަނީ، ވާބިޞާގެ ޙަދީޘު މުޟްތަރިބު (ސަނަދުގައި ދިމާނުވުން ހުރި) ކަމުގައި އާއި، އެ ޙަދީޘް ޞައްޙަ ނޫން ކަމުގައެވެ. އަދި އަބީ ބަކްރާގެ ޙަދީޘު އެވެރިން ވާބިޞާގެ ޙަދީޘުގެ މައްޗަށް ރާޖިޙު ކުރެއެވެ.

އަދި ދެވަނަ ރައުޔުގެ ބައިވެރިން އަބީ ބަކްރާގެ ޙަދީޘުގެ މައްޗަށް ވާބިޞާގެ ޙަދީޘް ރާޖިޙު ކުރެތެވެ. އަދި ބުނަނީ އަބީ ބަކްރާ ރުކޫޢު ކުރީ ޞަފުގައި ނޫން ކަމުވައިވިޔަސް، އިމާމު މީހާ ރުކޫޢުއިން ބޯނުހިއްލަނީސް އަބޫ ބަކްރާ (ރުކޫޢުގައި އޮންނަވައިގެން) ހިންގަވައި ޞަފަށް އަރައިވަޑައިގަތީ ކަމުގައެވެ. ވީމާ ޞައްފަށް ވަދެވަޑައިގަތް ކަމެވެ. މީގެ ނުކުތާއަކީ އިމާމު މީހާ ރުކޫޢިން ބޯހިއްލާހިނދު އެކަހެރިކޮށް ހުރެއްޖެ މީހާ އަކީ ވަކިން ހުރެ ނަމާދު ކުރާމީހެއް ކަމުގަޔޭ އެވެ.

=

Читать полностью…

Galandān ގަލަންދާނު

ޖަމާޢަތުގެ ނަމާދުގައި، އެކަނިމާއެކަނި ޞަފެއްގައި ހުރެ ނަމާދުކުރާ މީހާގެ ޙުކުމާއި އެއާއި ގުޅިފައިވާ ފިޤުހުތަކުގެ ޚުލާޞާ

(އަލްޙާފިޡް އިބްނު ޙަޖަރް ގެ "ބުލޫޢުލް މަރާމް" ގެ ފޮތަށް އަލްޢަލްވާން ދެއްވި ޝަރަޙައިން)



🔄🔄🔄🔄
[ބުލޫޣުލް މަރާމްގެ މަތަނުން، ޖަމާޢަތުގެ ނަމާދާއި އިމާމުކަމާއި ބެހޭ ބާބުގެ ދަށުން، އިބްނު ޙަޖަރު ވިދާޅުވިޔޭ]

419: އަބީ ބަކްރާ ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު (ނަމާދަށް) ވަޑައިގެންނެވުނީ ނަބިއްޔު ﷺ ރުކޫޢުގައި އޮންނަވަނިކޮށެވެ. އެހެންކަމުން (ނަމާދުގެ) ޞަފަށްއަރައި ހަމަކުރެވުމުގެ ކުރިން އެކަލޭގެފާނު (އަބޫ ބަކްރާ) ރުކޫޢު ކުރައްވައިފީމޭ އެވެ. ދެން (މިވާހަކަ ޚަބަރުކިރެވުމުން) ނަބިއްޔު ﷺ އެކަލޭގެފާނަށް ޙަދީޘް ކުރެއްވިއެވެ: (زَادَكَ اَللَّهُ حِرْصًا وَلَا تَعُدْ) ”ތިބާގެ ތި ޖޯށު ﷲ އިތުރުކުރައްވާށިއެވެ. އެހެނަސް އެގޮތަށް އަލުން އެކަން ނުކުރައްޗެވެ.“

އަދި އަބޫ ދާވޫދުގެ ރިވާތުގައި އިތުރަށް ވެއެވެ: ”އެހެންކަމުން އެކަލޭގެފާނު ޞަފާއި ހަމަވުމުގެ ކުރިން ރުކޫޢު ކުރައްވައި، ދެން ޞައްފަށް ހިންގަވައި ވަޑައިގެންނެވިއެވެ.“ ⁽¹⁾

420: އަދި ވާބިޞަތު ބްނި މަޢްބަދް އަރިހުން: ނަމާދުގެ ޞަފުތަކުގެ ފަހަތުގައި އެކަނިމާއެކަނި ހުރެ މީހަކު ނަމާދު ކުރާތަން، ރަސޫލު ﷲ ﷺ ދެކެވަޑައިގެންނެވިއެވެ. އެހެންކަމުން އޭނާ އަލުން ނަމާދު ޢިޔާދަ ކުރުމަށް އެކަލޭގެފާނު އަމުރުކުރެއްވިއެވެ. — ރިވާކުރެއްވީ އަޙްމަދާއި، އަބޫ ދާވޫދެވެ.އަދި އައްތިރުމިޛީ ރިވާކުރައްވައި އެ "ޙަސަން" ކަމަށް ކަނޑައެޅުއްވިއެވެ. އަދި އިބްނު ޙިއްބާން އެ ޞައްޙަ ކުރެއްވިއެވެ. ⁽²⁾

421: އަދި އެކަލޭގެފާނު (އެބަހީ: އިބްނު ޙިއްބާން) އަރިހުން ވެޔޭ، ޠަލްޤު (ބްނު ޢަލީ) އަރިހުން: (ޞަފުތަކުގެ ފަހަތުގައި އެކަނިމާއެކަނި ނަމާދު ކުރާ މީހާއަށް ނަމާދެއް ނުވެއެވެ.) ⁽³⁾

420: އަދި (އިހު ނަންގަނެވުނު) ވާބިޞާ ގެ ޙަދީޘަށް، އައްޡަބަރާނީގެ ރިވާޔަތުގައި އިތުރުވެފައި ވެއެވެ: (أَلَا دَخَلْتَ مَعَهُمْ أَوْ اِجْتَرَرْتَ رَجُلًا؟). ”ތިބާ އެވެރިންނާއި އެއްސަފަށް ނުއައީ ކީއްވެ ހެއްޔެވެ؟ އެހެންނޫނީ (ޖާގަނެތްނަމަ) އެއިން މީހެއް ފަހަތަށް ނުގެނައީ ކީއްވެހެއްޔެވެ؟“ ⁽⁴⁾





---------------------
[1] ޞަޙީޙް، ރިވާކުރެއްވީ އަލްބުޚާރީ 783 ، އަދި އަބޫ ދާވޫދު 684 [ތ. އައްސަޢްދު]
[2] ޞަޙީޙް، ރިވާކުރެއްވީ އަބޫ ދާވޫދު 682 ، އައްތިރުމިޛީ 230 ، އިބްނު މާޖާ 1004 އަދި އަޙްމަދު 18000 ގައި —ތ. އައްސަޢްދު. [އަހަރެން، އިބްނު ފަހްމީ ދީދީ ބުނަމެވެ: ޢިލްމުވެރިންގެ ބޮޑު ޚިލާފެއް މިޙަދީޘުގެ ސަނަދުތައް މިނެކިރެއްވުމުގައި ވެއެވެ. އަދި އެގޮތުން އޭގެ ޞައްޙަކަން ކަނޑައެޅުއްވުމުވައިވެސް އެވެ. މީގެ ތަފްޞީލަށް، ޝެއިޚް ޢަބްދު ﷲ އައްސަޢްދުގެ ބުލޫޣުލް މަރާމް ގެ ތަޢްލީޤު، ޞ. 306 — ޙަދީޘް ނަންބަރު 331 އަށް ރުޖޫޢަވާށެވެ.]
[3] އޭގެ ސަނަދު ޙަސަން އެވެ. ރިވާކުރެއްވީ އިބްނު މާޖާ 1003 ގައި އަދި އަޙްމަދު 16297 ގައި — ތ. އައްސަޢްދު.
[4] އައްސަޢްދު ވިދާޅުވިއެވެ: ”މިއީ ބާޠިލު ޙަދީޘެކެވެ. ރިވާކުރެއްވީ އައްޠަބަރާނީ "އަލްމުޢްޖަމް ޢަލްކަބީރް" 22/145 ގައި އަދި އަބޫ ޔަޢްލާ 1588 ގައި އައްސަރިއްޔި ބްނި އިސްމާޢީލުގެ ސަނަދުން އައްޝަޢްބީ ގެ އަރިހުން ވާބިޞާގެ އަރިހުންނެވެ. އައްސަރިއްޔު އަކީ މަތުރޫކު މީހެކެވެ.“ އަދި މާހިރް އަލްފަޙްލު ވިދާޅުވިއެވެ: ”މިޙަދީޘު ވަރަށް ބަލިކަށްޓެވެ. އޭގައި އައްސަރިއްޔި ބްނި އިސްމާޢީލު ހިމެނެއެވެ. އޭނާ އަކީ މަތުރޫކު މީހެކެވެ.  އޭނާ އަކީ ދޮގުވެރިއެެއް ގޮތުގައި ޔަޙްޔާ ބުނު ސަޢީދު ކަނޑައެޅުއްވިއެވެ.“

Читать полностью…

Galandān ގަލަންދާނު

🕝 What Is The Ruling On Skipping The Suḥūr¹ ?

Answer: ❝ Abandoning suḥūr is an imitation of the Ahl Al-kitāb (Jews and Christians). Some people are careless on the issue of suḥūr, claiming that they do not have a desire for it. But what is better for a Muslim is to not abandon the suḥūr, even if it is with a sip of milk, and thereby being at odds with Ahl Al-Kitāb and also following the Sunnah of the Prophet ﷺ.

It was reported in the narration, on the authority of ʿAmr ibn al-ʿĀs, that the Prophet ﷺ said:

«فَصْلُ مَا بَيْنَ صِيَامِنَا وَصِيَامِ أَهْلِ الْكِتَابِ أَكْلَةُ السَّحَرِ»
“The difference between our fasting and that of the people of the Book is eating at saḥar (shortly before the dawn)”. This was narrated by Imām Muslim.

This indicates that suḥūr is an opposition to Ahl Al-Kitāb and that being at odds with them, is an intended aim by the Law-Giver.❞


— Shaykh Al-Muḥaddith Sulaymān bin Nāṣir Al-ʿAlwān (text)

~ Galandān


----------------------
[1] Suḥūr: The meal eaten shortly before the dawn (fajr), for fasting.

Читать полностью…

Galandān ގަލަންދާނު

ފައިދާއެއް (15)

Читать полностью…

Galandān ގަލަންދާނު

/channel/ShaykhAMJmv/898

Читать полностью…

Galandān ގަލަންދާނު

•••
❝ It is authentically reported from Al-Rabīʿ ibn Khuthaym —who is a Tābiʿī — as has been narrated ⁽¹⁾ by Muḥammad ibn Fuḍayl al-Ḍabbiy, in his book “Al-Duʿā”: that he (Al-Rabīʿ) used to supplicate when he broke his fast. ❞ — ʿAbdul ʿAzīz Al-Ṭārīfī (quote)

----------------
[1] From Abū Ḥuṣayn, who said: “When Al-Rabīʿ ibn Khuthaym broke his fast, he used to say:
الحَمْدُ لِلَّهِ الَّذي أعانَنِي فَصَمْتُ، وَرَزَقَنِي فأفْطَرْتُ
“All praise is due to Allah who assisted me, so I fasted; and who provided me, so I could break my fast”. (See: Al-Duʿā, p. 237, No. 67)

~ Galandān

Читать полностью…

Galandān ގަލަންދާނު

ޕޯސްޓަރ: ރަވާތިބު ސުންނަތްތައް (HD ފޮޓޯ)
~ ގަލަންދާން

Читать полностью…

Galandān ގަލަންދާނު


If someone says that the Companions, such as Ibn ʿUmar and Ibn ʿAbbās, would understand the texts more than others, and since Ibn ʿAbbās and Ibn ʿUmar had understood that pregnant and breastfeeding women are to break their fast and are not to make up for it — that this understanding from them takes precedence over the understanding of Abū Ḥanīfah, and the understanding of Mālik, and the understanding of Aḥmad, and the understanding of Al-Shāfiʿī. And that both of them would understand the meaning of the verse, especially since Ibn ʿAbbās interpreted the words of Allah تعالى:
{ وَعَلَى الَّذِينَ يُطِيقُونَهُ }البقرة184
{For those who can only fast with extreme difficulty...}

And this is the reason why it lead for some of the Imāms to support this opinion.

But this may be answered, and it may be said that the issue is in relation to fasting for a month, and the verse may have a strong indication of not making up for it, but what remain (opposing it) are other texts, and these are what the four Imāms and others held to, such as his ﷺ's saying:
( الشهر تسع وعشرون )
"The month is twenty-nine days."

And like his ﷺ 's saying:
( بني الإسلام على خمس )
“Islam is based on five (principles)...”

For a woman may continuously give birth in Ramaḍān, after which she would be breastfeeding. So upon this (opinion) it is possible for a woman not to fast for forty years or fifty years. So where is the farḍ (obligation) than Allah has obliged upon her? And where is (the action upon) the 4th pillar — as to one opinion or according to the other: the 5th pillar of Islam? Since this woman had not performed it for forty years or fifty years, based on the statement that a woman may get pregnant for this number of times and what ever the case is, it is possible that she may not perform it for twenty years or thirty years. So in this case we have dropped a pillar based upon the words of one or two from the companions.

And the matter has other proofs which are clear, in it is that this month was obliged by Allah. So the objective is not intended in prioritizing the words of the four Imāms over the words of Ibn ʿUmar and Ibn ʿAbbās, and they both have their prestige in knowledge and status etc. Rather, the aim is to take into account other evidence (Qur'ān and Sunnah) and that the (opinion of) Imāms are accompanied by strong evidences in this matter.

Otherwise, the basic principle in this matter is to do qaḍā same as the status of the sick person, same as the position of a traveler, same as the position of an intentional person (who breaks it knowingly) — in accordance to the correct opinion, and in the same position of a mujāhid, if he breaks his fast in his dwelling city. Rather, they were given concession (rukhṣah) to break the fast, and that Allah جل وعلا has exempted them from fasting, i.e. in this month, in the sense that Allah gave them rukhṣah to break it and not in the sense that they do not do qaḍā. This is because the matter of Qaḍā (making up the fasts) are taken from evidences other than this (ḥadīth). And this opinion is most prudent, the view of the four Imāms. And the proof in it is strong. Especially since the other, carries a possibility that a woman may remain twenty to thirty years without fasting. ❞


— Shaykh Al-Muḥaddith Sulaymān bin Nāṣir Al-ʿAlwān

From his explanation of The Book on Fasting from "Jamʿi At-Tirmidhī" (source)

~ Galandān

Читать полностью…

Galandān ގަލަންދާނު

📎 Fasting for the Pregnant and Breastfeeding Woman

Explanation of the ḥadīth:

...and (He ﷻ lifted) the fast - or fasting - from the pregnant person, or the breast-feeding person.” by Al-'Alwān

🔄🔄🔄🔄🔄
 ①

❝ His (ﷺ) saying
(عن الحامل أو المرضع الصوم أو الصيام)
“[Allah had relieved] the pregnant, and the nursing mothers of the duty to fast.’”

i.e. Fasting is waived from the pregnant and breastfeeding women. The majority said, that the meaning of الوضع [waived] here is in the sense He had given concession to break the fast for the pregnant woman, if she fears for her fetus and for the breastfeeding woman, if she fears for the child who is breastfed. And this is what the four Imāms رحمهم الله gave fatwā, that they should make up (qaḍā) the fasts once the excuse (of not fasting) is lifted. This is due to a number of reasons:

First matter: That the pregnant and breastfeeding women have the same status of sick person. Allah جل وعلا says:
{ فَمَن كَانَ مِنكُم مَّرِيضاً أَوْ عَلَى سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ }البقرة 184 .
{But whoever of you is ill or on a journey, then ˹let them fast˺ an equal number of days ˹after Ramaḍân˺.}

Second matter: There are from them who stated ijmāʿ (consensus) upon this, albeit the (claim of having an) ijmāʿ being incorrect. And what is correct is that disagreement being proven. From them are those who stated to make up the fasts (qaḍā) and from them are those who didn't say to make up for it. Amongst those who state to not to make up for it are great Imāms such as Ibn ʿAbbās, Ibn ʿUmar, and a group of Imāms and Ḥuffāẓ.

Third matter: They cite as evidence the statement of the Prophet ﷺ
(الشهر تسع وعشرون)
"The month is twenty-nine days."

So the month is either thirty or twenty-nine, so it is obliged to fast to the latter or the former (no. of days), and it is not permissible to cut down this number.

Fourth matter: Fasting is part of the religion of the Muslims, and Allah has made it obligatory and binded it upon His servants and made it one of the principles of Islam. The basic principle for this is to complete the month, and this (is a ruling which) is derived with certainty, through the consecutive evidences from the Book and Sunnah. Hence we do not move away from (what is derived from) certainty, except with certainty equivalent to it.

And this ḥadīth (which we are discussing) is not clear enough to state that the pregnant woman does not need to make up for it (the missed fasts), nor to that of the breastfeeding woman. The report can be either one of these two possibilities. Thereby (as the rule says), if ambiguity is present in a text, it being used as evidence is void infront of clearcut evidences that are certain. For example, if the pregnant woman or the breastfeeding woman did not make up for it, the Prophet ﷺ would clarify that general statement to distinguish the exception from the general (ruling.)


... [Continued] Abū ʿĪsā [At-Tirmidhī] said: “The ḥadīth of Anas bin Malik al-Kaʿbī is a Ḥassan ḥadīth, and we do not know this Anas bin Mālik narrating from the Prophet ﷺ, other than from this single ḥadīth.” (The grading of it as) A Ḥassan ḥadīth, denoting that it came other than this path and there is neither a liar nor an accused amongst its narrators. This report also has been narrated by Aḥmad, Abū Dāwūd and ibn Mājā via the path of Abī Hilāl on the authority of ʿAbdullah bin Sawādah on the authority of Anas. And An-Nasāʾī narrated it via the path of Wuhayb bin Khālid on the authority of ʿAbdullah bin Sawādah on the authority of his father on the authority of Anas — and this is more credible. And Aḥmad and also An-Nasāʾī narrated it from the path of Abī Qilābah on the authority of Anas, and there is inconsistency in its chain.

And Abū ʿĪsā رحمه الله said: “Acting upon this is inline with some of the people of knowledge.” That is upon the meaning that Allah waived the (obligation of) fasting for the pregnant woman and the breastfeeding woman, as she breaks the fast and does not make up for it, because Allah waived it off from her.

=

Читать полностью…

Galandān ގަލަންދާނު

🔗
ކައިވެނީގެ ފިޤުހު (1) އާއިލީގޮތުން ގާތް ވަލީވެރިޔާ އިސްވުން
/channel/qalandhar/3182

ކައިވެނީގެ ފިޤުހު (2)  ކައިވެނި އިއުލާން ކުރުމުގެ ވާޖިބިއްޔަތު
/channel/qalandhar/3185

ކައިވެނީގެ ފިޤުހު (3) ވަލީ އެއް ނުވާ އަންހެނާގެ ވަލީ އަކީ "އައްސުލްތާން" އެވެ.
/channel/qalandhar/3193

ކައިވެނީގެ ފިޤުހު (4) ”ފޯނުން ކުރެވޭ ކައިވެނި ބާޠިލެވެ.“
/channel/qalandhar/1051

ކައިވެނީގެ ފިޤުހު (5) މުސްލިމު ވަލީވެރިޔާ ގެ ވަލީ، މުސްލިމު ނޫން މީހެއް ނޫނީ މުރުތައްދަކާއި ހަވާލުކުރެވި، ދެން ކޮށްދެވޭ ކައިވެންޏެއް ގެ ޙުކުމް.
/channel/qalandhar/2250

ކައިވެނީގެ ފިޤުހު (6) އިސްލާމީ ޝަރީޢަތާއި ޚިލާފު ޤާނޫނެއްގެ ދަށުން، ކައިވެނީގެ ޢަޤުދެއް ރެޖިސްޓަރ ކުރުމުގެ ޙުކުމް
/channel/qalandhar/3581

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު


އަދި ކައިވެނި ރަޖިސްޓަރ ކޮށްދިން ލީގަލް ފަރާތް އެއްވެސް ޙުކުމެއް ކުރިކަމަކަށްވެސް ނުވެއެވެ. ވީމާ މީގައި އެއްވެސް ގޯހެއް އަހަރެމެންނަކަށް ނުފެނެއެވެ إن شاء الله. އަދި ލާބައަށްޓަކައި ޝެއިޚް އަބޫ މުޙައްމަދު އަލްމަޤްދިސީ حفظه الله ގެ ކުރީގެ ފަތުވާއަކަށް އަލިއަޅުވާލާނަމެވެ. އެއީ ގޯއްޗާއި ބެހޭ އިދާރާގައި ރެޖިސްޓަރ ކުރުމުގެ ހުއްދަ އާއި އެކަން ތަޙާކުމް އަށް ވާނެތޯ އާއިމެދުގައެވެ. އޭނާ حفظه الله ވިދާޅުވިއެވެ:

”ބުނެވުނު ފަދަ ކާތިބެއް ގާތުގައި ވިޔަފާރި ރެޖިސްޓަރ ކުރުމަކީ ﷲ ގެ ޝަރުޢު ނޫން އެއްޗަކަށް ޙުކުމް ކުރުމުގެ ތެރެއިން ވާ ކަމެއް ނޫނެވެ. ދެބަސް ވުމާއި އަރައިރުމުގެ ސަބަބުން ކޯޓަށް ނުދާހާ ހިނދަކު އެކަން ތަޙާކުމަކަށް ނުވެއެވެ. އަދި ކިއެއްތަ؟ އެކަން ހިމެނެނީ ރަޖިސްޓަރ ކޮށް އެގްރީމެންޓުހެދި ދަޥްލަތުން ދޫކުރާ ލިޔެކިޔުމާއި ފޯމުތައް ފުރޭ އެހެންހުރިހާ މުޢާމަލާތް ތަކެއް ފަދައިންނެވެ. ވީމާ އެހުރިހާ ތަކެއްޗެއް ވެސް ހިމެނެނީ އެވެރިންގެ ޤާނޫނުތަކާއި އޭގެ ތަރަހައިގައެވެ... އަދި މިޤަނޫނުތަކީ އިދާރީ (އެޑްމިނިސްޓްރޭޓިވް) ޤާނޫނުތަކެވެ. އަނިޔަލުން އެކޮންމެހެން މިންޖުވެއެއް ނުއޮވެއެވެ. އެހެނަސް އަސާސަކީ، އިދާރީ ޤާނޫނުތައް ޝަރުޢުކޮށް ހެދުމަކީ މަޝްރޫޢުވެގެންވާ (ހުއްދަ) ކަމެއް ކަމެވެ. އަދި އެކަމަކީ ﷲ ގެ ޙައްދުތަކާއި ދެކޮޅަށް ހެދޭ ޠާޣޫތީ ޙުކުމް ހެދުމުގެ ޒާތުގެ ތެރެއިން ނުވާ ކަމެއް ކަމެވެ. މިކަން މިޛިކުރު ކުރަނީ، ކޮންމެހެން އެވެރިންގެ މި (އިދާރީ) ޤާނޫނުތަކަށް ޘަނާ ކިޔުމަކަށް ނޫނެވެ. ނުވަތަ ހެޔޮކުރުމަކަށްވެސް ނޫނެވެ. އެހެނަސް މިދޮރުތަކަށް ދާ ފަރާތްތަކަށް ތަކްފީރު ކުރާމީހުން ހޭވެރިކުރުވުމަށް ޓަކައެވެ. މައިތިރިވުމާއި ފަރަޤުކުރުމާއި ބަލައިހޯދުމުގެ ވާޖިބުކަމަށެވެ... ކޮންމެ އަކަސް، މި މުޢާމަލާތްތަކީ އޭގެން (އެޔާ ނުލައި) މީސްތަކުންނަށް މުޞީބާތަކަށް ވެފައިވާ އެއްޗެކެވެ. އަދި އެވެރިންގެ ޙައްޤުތަކާއި މުދައު ކަށަވަރުކުރުމަށް ކޮންމެހެންވެސް އެކަން ކުރާން ޖެހެއެވެ. އަދި މިކަމަކީ އަހަރެން ބުނިފަދައިން، ތަޙާކުމުގެ ތެރެއިން ހިމެނޭ ކަމެއް ނޫނެވެ. އަދި ޢަމަލީ ތަޙާކުމަށް (ދެބަސްވެ އަރައިރުމުގައި ގޮތް ކަނޑައަޅުމަށް) ނުދާހާ ހިނދަކު، އެކަމުގައި ދަތިކަމެއް ވާކަމަކަށް އަހަރެންނެއް ނުދެކެމެވެ.“ (އަލްމަޤްދިސީގެ ބަސްކޮޅު ނިމުނީ) اهـ. .. މިއާއި އެކު ތަޙާކުމް ކުރުމުގައި، ވަޟަޢީ ނިޡާމުތަކުގެ ކޯޓުތަކާއި ޝަރުޢީ ކޯޓުތަކުގެ ތަފާތަށް ހޭވެރިވުން، މިއީ މިއަށް އިތުރު އެހެން ތަފްޞީލެއް ވާކަމެކެވެ... والله أعلم.
— އައްޝެއިޚް އަބޫ އުސާމާ އައްޝާމީ


(ރ)
އަދި ޝެއިޚް އަބުލް މުންޛިރް އައްޝަންޤީޠީ އާއި ސުވާލުވެވުނެވެ:

ސުވާލު (7282) – އަހަރެމެންގެ ޝެއިޚެވެ. ހުޅަނގުގެ ކޯޓުތަކުގައި ކައިވެނި ރެޖިސްޓަރ ކުރުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟ އެއީ ޝަރުޢީ ކައިވެނީގެ ޢަޤުދުގެ ކުރިޔަށްލައެވެ. އެކަން އަހަރެމެން ކުރަންޖެހެނީ (ކައިވެނީގެ ސަބަބުން ލިބޭ) ބައެއް ޙައްޤުތައް ކަށަވަރުކުރުމަށާއި އެނޫންވެސް ޟަރޫރީ ބައެއް ބޭނުންތަކަށްޓަކައެވެ.

އެހެނަސް މީގައި، މިވެނި މީހަކާއި އެވެނި އަންހެނެއް މިވެނި އެވެނި ނަންބަރެއްގެ ޤާނޫނެއް ދަށުން ކައިވެނި ކުރާން އެދޭކަމުގައި އޮންނަ ލިޔުމެއްގައި ސޮއި ކުރަންޖެހެއެވެ. އަދި މިދެންނެވުނު ޤާނޫނަކީ ޝަރުޢު އާއި ޚިލާފު ޤާނޫނެކެވެ.

ސުވާލަކީ، މިއީ ޠާޣޫތުން ކުރެން ޙުކުމް ހޯދުން ކަމުގައި އަދި ކުފުރަށް ރުހުން ކަމުގައި ބެލެވޭތޯއޭ އެވެ.


ޖަވާބު: މިންބަރުގެ ޝަރުއީ ލަޖުނާ.

بسم الله الرحمن الرحيم

الحمد لله رب العالمين والصلاة والسلام على النبي الكريم وعلى آله وصحبه أجمعين


ކައިވެނީގެ ޢަޤުދު ރެޖިސްޓަރ ކުރުމުގެ މަޤުޞަދަކީ ކައިވެނި ޘާބިތު ކުރުމަށްޓަކައި ލިޔުމެއް ހޯދުމެވެ.

ކާކުކަން ޘާބިތު ކުރުމަށް ހޯދޭ އައިޑީ ކާޑާއި ޕާސްޕޯޓުފަދަ ލިޔެކިޔުމާއި މިއާއި ފަރަޤެއްނުވެއެވެ.

މިލިޔެކިޔުން ދެވޭ އުޞޫލުތައް ޤާނޫނުގައި ލިޔެ ބަޔާންވެފައި ވުމީ، މިކަމަކީ ﷲ ގެ ޝަރީޢަތް ނޫން އެއްޗަކަށް ތަޙާކުމް ކުރުން ކަމުގައި ވުމެއް ނޫނެވެ.

ރައްޔިތުންނަށް ބަލާއިރު، އިސްލާމީ ޝަރީޢަތް ނޫން އެއްޗަކަށް ތަޙާކުމް ކުރުމީ، ދެބަސްވާ ދެބަސްވުމަކާއި އަރައިރުމެއް ނިންމައި އެއަށް ޤަޟިއްޔާއެއް ކަނޑައެޅުމަށްއެދި ޣައިރު ޝަރުޢީ އެއްޗަކަށް ހުށަހެޅުމެވެ.

މިއާއި ޚިލާފަށް ޙާކިމު މީހާ ފަރާތުން ރައްޔިތުންނަށް ލާޒިމު ކުރާ ޤަރާރުތަކީ، ވާޤިޢުގައި "ޙުކުމްތަކެއް" ކަމަށް ބެލެވުނަސް، މި ގަދަބާރުން ކަނޑައެޅިފައިވާ މިފަދަ ޙުކުމްތަކަށް މީސްތަކުން ތަދައްޚަލް ވުމީ، ނަހީ ވެގެންވާ ތަޙާކުމުގެ ދާއިރާއަށް ވަންނަ ކަންކަމެއް ނޫނެވެ.

ޝައްކެތްނެތް ގޮތުގައި ކޮންމެ ބިމެއްގައި ވިޔަސް އޭގެ ވެރިކަން ކުރާ ފަރާތްތަކުގެ ފުށުގައި އެވެރިން ނިންމާ ޤަރާރު ތަކަށް މީސްތަކުން ތަބާކުރުވުމަށް ވާ ބާރާއި އާލާަތްތައް ވެއެވެ. އަދި އެ ޤަރާރުތަކުން މިންޖުވުމުގެ ނިވަލެއް ރައްޔިތު ފަރުދުންނަށް ނުވެއެވެ.

Читать полностью…

Galandān ގަލަންދާނު

⛔️ ފަރުޖު ޙަލާލުކުރާ ޠާޣޫތުން

❞...ކައިވެނީގެ ޢަޤުދަކީ އެއިން ފިރިހެނަކަށް އަންހެނާ ޙަލާލުކޮށްދޭ އެއްޗެކެވެ. ވީމާ ކައިވެނި ޙަރާމް މީހަކަށް ކައިވެނީގެ ޢަޤުދުކޮށްދީފި މީހަކީ، ޢަމަލުގައި ވެވޭ އިސްތިޙްލާލުން، ޙަރާމް ކަމެއް ޙަލާލުކޮށްފި މީހެކެވެ. އޭނާގެ މައްޗަށް ތަކްފީރުގެ ޝަރުޠުތައް ހަމަވެ އޭގެން ހުރަސްއެޅޭ މަވާނިޢުތައް (ތަކްފީރުގެ ޙުކުމް އައުން މަނައުވާ ކަންކަން) ނެތިއްޖެ މީހާ، އެޢަމަލުގެ ސަބަބުން ކުފުރުވެއްޖެއެވެ. އަދި މިކަމަށް ދަލީލުކޮށްދެނީ ބަރާއު ބުނު ޢާޒިބު رضي الله عنه ގެ ޞަރީޙަ ސާފު ޙަދީޘެވެ. ވިދާޅުވިއެވެ: ”އަހަރެންގެ ބޮޑުބެ، އަލްޙާރިޘު ބުނު ޢަމްރު ދިދަކޮޅަކައިގެން ވަޑައިގަންނަވަނިކޮށް އަހަރެންނާއި ދިމާވިއެވެ. އެއީ ރަސޫލު ﷲ ﷺ އެކަލޭގެފާނަށް ހަވާލުކުރެއްވި ދިދަ ކޮޅެކެވެ. އެކަމާއިމެދު ސުވާކުކުރުމުން ދެންނެވިއެވެ: ”ރަސޫލު ﷲ ﷺ އަހަރެން ފޮނުއްވެވީ، އެމީހެއްގެ ބައްޕަގެ އަންހެނުންނާއި ކައިވެނި ކުރި މީހެއް ގަތުލުކުރުމަށެވެ..“ ރިވާކުރެއްވީ އަޙްމަދާއި، އަބޫ ދާވޫދާއި، އައްނަސާއީ އާއި އިބްނު މާޖާއެވެ.. ❝


— ޝެއިޚް އަބޫ މުޙައްމަދު އަލްމަޤްދިސީ (މަސްދަރު)

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

ހުކުރަށް ހިނައިގަތުމުގެ ޙުކުމް

ޝެއިޚް ޢަބްދު الله އައްސަޢްދު
~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

❞ ޢަޞަބިއްޔަތުގެ ދޮސް ފާރަށް ޛަހަބިއްޔަތުގެ ފަރުވާއެއް ❝
🔻🔻

Читать полностью…

Galandān ގަލަންދާނު


އަދި ތިންވަނަ ޤަޥްލުގެ ބައިވެރިން ދެކިލެއްވީ މިޤަޥްލުތައް އެކަތި އަނެކެއްޗާއި މުޑިނާރާހެން ގުޅުވުމެވެ. އަދި ދެކިލެއްވީ ނަބިއްޔު ﷺ ގެ ޤަޥްލު (لا صلاة لمنفرد) (އެކަހެރިކޮށް ހުރެއްޖެ މީހާއަށް ނަމާދެއް ނުވެޔޭ) ލާޒިމުވަނީ، ހުސްޖާގަ އޮވެމެ، ދަނެހުރެ އެކަހެރިކޮށް ނަމާދުކުރާ މީހާ އަށް ކަމެވެ. އެއީ މިޒަމާނުގައި ބައެއް މީހުން ކަންތައް ކުރާތީ ފެންނަފަދައިންނެވެ. ކަންފަސޭހަކޮށްލައިގެނެވެ. އަދި މިޤަޥްލު ނުހަނު ވަރުގަދައެވެ. އެހެނީ މިޘާލަކަށް އަބީ ބަކްރާ ގެ ޙަދީޘާއިމެދު، (އިމާމު މީހާ ރުކުޢުއިން) ބޯހިއްލައި ލުމުގެ ކުރިން އެކަލޭގެފާނު ޞަފަށް ވަދެ ވަޑައިގެންނެވި ނަމަ އޭގައި މައްސަލައެއް ނެތްކަމުގައި ދެކުނަސް، އެކަހެރިކޮށް ހުރެ އަދާ ކުރި ހަށަންބަން ތަކްބީރު ޞައްޙަކުރާނީ ކިހިނަކުންހެއްޔެވެ؟ އެހެނަސް އަނެކެއްޗާއި މުޑިނާރާހެން ޖަމަޢަ ކުރެވިދާނެއެވެ. އެއީ ނަބިއްޔު ﷺ ޙަދީޘް ކުރެއްވީ (زادك الله حرصاً ولا تعد) ”ތިބާގެ ތި ޖޯޝު ﷲ އިތުރުކުރައްވާށިއޭ، އެހެނަސް އެގޮތަށް އަލުން އެކަން ނުކުރައްޗޭ“ އެވެ. އެހެންކަމުން ނަބިއްޔު ﷺ އެކަލޭގެފާނަށް ނޭގިހުރި ކަމުގެ ޢުޛުރު (ޖާހިލުކަމުގެ ޢުޛުރު) ދެއްވިއެވެ. ދެން އެޢަމަލު ޢަލުން އެގޮތަށް ނުކުރުމަށް އެންގެވިއެވެ. އެހެނީ މިޢަމަލު ޖާއިޒު ކަމުގައި ނުވާތީއެވެ. ވީމާ އަލްޢުދުރު ބިލްޖަހްލި ގެ މައްޗަށް (ޢުޛުރުދެވޭހިނދު) ކުރެވުނު ނަމާދު ޞައްޙަވިއެވެ. މިގޮތުން ތިންވަނަ ޤަޥްލު ވަރުގަދައެވެ. އެހެނީ ނަމާދާއި އެނޫން ކަންކަމުގައި ވިޔަސް ޝަރުޢު ކުރައްވާ ފަރާތުގެ ޙުކުމް ފުޅު ތަކަށް އަހަރެމެން ފިކުރު ހިންގާނަމަ، ޢުޛުރު ތައް ދިމާވުމުން އެއިން އެތަކެއް ވާޖިބުތަކެއް ކެނޑިދާކަން ދަނެގަނެވެއެވެ. މިގޮތުން ކެރިކުޅަދާނަ މީހާ ޤިޔާމުގައި ހުރުން (ނަމާދުގައި ކޮޅަށް) ހުރުން، ނަމާދުގެ ރުކުންތަކުގެ ތެރެއިން ރުކުނެއް ކަމުގައި ވީހިނދު، ޖުމްހޫރު ޢިލްމުވެރިން ގެ ގާތުގައި ޢުޛުރަކާއި ވިދިގެން އެވީއްލިދެއެވެ. އަދި ނަމާދުގެ އެންމެހާ ވާޖިބާތުތަކެއް ހަނދުމަ ނެތުމުގެ (ޢުދުރުގެ) ދަށުން ވީއްލި، ކުށުސަޖިދަ މަޖުބޫރުވެއެވެ. އަދި އިމާމެއް ގެ ފަހަތުގައި ނަމަ، އެކަން އުފުލަނީ އިމާމުމީހާ އެވެ. އަދި ޤަޥްލުގެ ދަށުން، ޞަފަށް ވަނުމަކީ ވާޖިބެކެވެ. މިކަމުގައި ޝައްކެތްނެތެވެ. އަދި ހުސްޖާާގަ އޮވެމެ އެކަހެރިކޮށް ކުރާ ނަމާދު ބައްޙަ ނޫނެވެ. އެހެނަސް އެކަމުގައި ޢުޛުރު އޮވެއްޖެނަމަ އެނަމާދު (އެކަނިހުރެ ކުރުން) ޞައްޙަކަމަށް ބުނެވެއެވެ. އަދި މީހަކު ޞަފުހެދުމުގައި ބައިވެރިވާނޭ އެހެން މީހަކަށް މަޑުކޮށްގެން ހުރުމުގައި މަނަލެއް ނެތެވެ. އެއީ އިމާމު އަޙްމަދުގެ ދެކިލެއްވުމުގައި ވާފަދައިންނެވެ. އަދި ޙަންބަލީންގެ ގާތު ނަމާދު ގެއްލުނަސް ވަނީ އެގޮތެވެ. އެއީ އޭނާއަށް އެކަމުގައި ޢުޛުރު އޮތަތީއެވެ.

ދެންފަހެ ޝެއިޚުލް އިސްލާމް، މި ބުނުމަށް ދިގު ރައްދެއް ދެއްވިއެވެ. އަދި ހުސްޖާގައެއް ނެތުމުގެ ޢުދުރުވެރި ޙާލު އޭނާއަށް ވަނީ އެކަނި ހުރެ ނަމާދު ކުރުން ކަމުގައި ވިދާޅުވިއެވެ.


=

Читать полностью…

Galandān ގަލަންދާނު


💬އަލްޢަލްވާން ގެ ޝަރަޙަ:

ޢަބޫ ބަކްރާ ގެ ޙަދީޘް (419) ، ރިވާ ކުރެއްވީ އަލްބުޚާރީ އެވެ. އަދި ވިދާޅުވީ، މޫސާ ބްނި އިސްމާޢީލު އަހަރެމެންގާތު ދެންނެވިޔޭ، އަހަރެމެން ގާތު ހުމާމު ދޭންނެވިޔޭ، ޒިޔާދު  އަލްއަޢްލަމް ގެ އަރިހުން ، އަލްޙަސަން ގެ އަރިހުން، އަބޫ ބަކްރާ އަރިހުން (އެކަލޭގެފާނު ވިދާޅުވިޔޭ) މިހެންނެވެ.

އަދި މިޙަދީޘް ޢަބޫ ދާވޫދާއި އައްނަސާއީ ރިވާކުރެއްވިއެވެ. އަދި އޭގައި އަބީ ބަކްރާގެ އަރިހުން އަލްޙަސަނުލް ބަޞްރީ (ސީދާ) އަޑުއެއްސެވިކަން ޞަރީޙަކޮށް އޮވެއެވެ. (އެހެނީ، އަލްޙަސަނުލް ބަޞްރީގެ ރިވާޔަތް ތަކުގައި އަޑުއެއްސެވިކަން ޞަރީޙަކޮށް ނެތް ނަމަ އެކަލޭގެފާނު ސީދާ އަޑު އެއްސެވިކަމާއި މެދު ދެބަސްވުން އާދެއެވެ.)

އަދި އަބޫ ދާވޫދުގެ ރިވާޔަތުގައި ”އެކަލޭގެފާނު ޞަފާއި ހަމަވުމުގެ ކުރިން ރުކޫޢު ކުރައްވައި، ދެން ޞައްފަށް ހިންގެވިޔޭ“ ވެއެވެ.

މިޙަދީޘަކީ، ޞަފުތަކުގެ ފަހަތުގައި އެކަނިމާއެކަނި ކުރެވޭ ނަމާދު ޞައްޙަވުމުގެ މައްޗަށް ޢިލްމުވެރިން ގެ ތެރެއިން ޖުމްހޫރުން ބޭނުންކުރައްވާ ޙުއްޖަތެވެ. އަދި އޭގެން ދަލީލު ނަންގަވާ ގޮތަކީ، އެކަލޭގެފާނު ރުކޫޢު ކުރެއްވީ ޞަފަކާއި ނުލައިކަމެވެ. ވީމާ ނަމާދު ބާޠިލުނަމަ، ފުރަތަމަކަމަކަށް ތަކްބީރަތުލް އިޙްރާމް; (ހަށަންބަންތަކުބީރު) ބާޠިލުވީހޭ އެވެ. އަދި ޞަފުތަކުގެ ފަހަތުގައި ގިނިކަންޏާ ނަމާދު ކުރުމުގެ މައްސަލައަކީ، ޢިލްމުވެރިން رحمهم الله އެކަންކަމުގައި އިޚްތިލާފުވެލެއްވި ކަންކަމުގެ ތެރެއިން ކަމަކެވެ. އެއީ ތަފާތު ރައުޔުތަކަކަށެވެ:

ފުރަތަމަ ރައުޔަކީ: މުޠްލަޤުކޮށް (އިސްތިޘްނާއެއް ނެތި) އެކަން ޞަޢްޙަކަމެވެ. އެއީ ޢިލްމުވެރިންގެ ތެރެއިން ބޮޑުބައިގަނޑު ގެ މަޛުހަބެވެ. ދަލީލުނަންގަވަނީ ޖަމާޢަތުގެ ޞަފުގެ ފަހަތުގައި ނަމާދުކުރި (މުސްކުޅި) އަންހެނާގެ ވާހަކަ ނަންގަނެވުނު އަނަސްގެފާނުގެ ޙަދީޘުންނާއި އަބީ ބަކްރާގެ ޙަދީޘުންނެވެ. އައްޝާފިޢީގެފާނު ވިދާޅުވިއެވެ: ”ނަބިއްޔު ﷺ އަރިހުން މިކަން ނަހީ ކުރައްވައި އެއްވެސް އެއްޗެއް ޞައްޙަވެގެން ނުވެއެވެ.“

ދެވަނަ ރައުޔަކީ: އިމާމު އަޙްމަދު ގެ ނިންމެވުމުގައި ޚިޔާރުކުރެއްވީ ޖަމާޢަތުގެ ޞަފުގެ ފަހަތުގައި އެކަނި ކުރާ ނަމާދު ބާޠިލުވެގެންވާ ކަމުގައެވެ. އެއީ ހުސްޖާގަ އޮވެމެ އެހެން ކަންތައް ކުރުމާއި އެއްފަދައިން ހުސްޖާގައެއް ނުލިބިގެން އެހެން ކަންތައްކުރުމާއި މިދެގޮތުގައިވެސް އެވެ. ދަލީލު ނަންގަވަނީ ވާބިޞާގެ ޙަދީޘުން ނެވެ: (ނަމާދުގެ ޞަފުތަކުގެ ފަހަތުގައި އެކަނިމާއެކަނި ހުރެ މީހަކު ނަމާދު ކުރާތަން، ރަސޫލު ﷲ ﷺ ދެކެވަޑައިގެންނެވިއެވެ. އެހެންކަމުން އޭނާ އަލުން ނަމާދު ޢިޔާދަ ކުރުމަށް އެކަލޭގެފާނު އަމުރުކުރެއްވިއެވެ.)

މިނަންގަނެވުނު ވާބިޞާގެ ޙަދީޘަކީ ޞައްޙަ ޙަދީޘެކެވެ. އިމާމް އަޙްމަދާއި އިބްނު ޚުޒައިމާ އާއި އިބްނު ޙިއްބާން އެޙަދީޘު ޞައްޙަ ކުރެއްވިއެވެ. އަދި އަލްބޫޞީރީ "އައްޒަވާއިދު" ގައި އެ ޞައްޙަ ކުރެއްވިއެވެ. އަދި މިޙަދީޘް ހިލާލު ބުނު ޔަސާފުގެ ރިވާޔަތް ތަކުން ޒިޔާދު ބުނު އަބިއް ޖަޢްދު އަރިހުން ވާބިޞާގެ އަރިހުން ވެސް ރިވާވެފައި ވެއެވެ.

އަދި އަޙްމަދާއި އަބޫ ދާވޫދާއި އައްތިރުމިޛީ އާއި އިބްނު ޙިއްބާން އެ ރިވާކުރެއްވިއެވެ. އަދި އިބްނު ޙިއްބާން އެކަލޭގެފާނުގެ "އައްޞަޙީޙް" ގައި އެޙާދީޘް ރިވާކުރެއްވީ ޢަމްރު ބުނު މުއްރާ ގެ ސަނަދުން، ހިލާލް ބްނު ޔަސާފު ގެ އަރިހުން، ޢަމްރު ބުނު ރާޝިދުގެ އަރިހުން، ވާބިޞަތު ބްނު މަޢްބަދު ގެ އަރިހުންނެވެ.

އިމާމް އަބޫ ޙާތިމް "އަލްޢިލަލް" ގައި ވިދާޅުވިއެވެ: ބޮޑަށް ވައްތަރީ މިއެވެ. އެބަހީ: ޢަމްރު ބުނު ރާޝިދުގެ މެދުވެރިކޮށް އައި ވާބިޞާގެ ރިވާޔަތް، ގާތްކަން ބޮޑެވެ. އަދި ޒިޔާދު ބުނު އަބިއް ޖަޢްދު އަރިހުން އަޮތް ވާބިޞާގެ ރިވާޔަތާށްވުރެ ޞައްޙަކަން ބޮޑެވެ.

އަދި އިބްނު މާޖާ އެކަލޭގެފާނުގެ "ސުނަން" ގައި އަދި އިބްނު ޙިއްބާން އެކަލޭގެފާނުގެ "ޞަޙީޙު" ގައި މިޙަދީޘު، މުލާޒިމު ބްނު ޢަމްރު ގެ ސަނަދުން ރިވާކުރެއްވިއެވެ. (މުލާޒިމް) ވިދާޅުވިއެވެ: އަހަރެމެންގާތުގައި ޢަބްދު ﷲ ބުނު ބަދްރު ވިދާޅުވިޔޭ: ޢަބްދުއް ރަޙްމާނު ބުނު ޢަލީ ބްނު ޝައިބާން އަހަރެމެންނަށް ޚަބަރުދީ ވިދާޅުވިޔޭ: ޢަހަރެންގެ ބައްޕަ އަހަރެންގާތު ވިދާޅުވިޔޭ ނަބިއްޔު ﷺ އަރިހުން، އެކަލޭގެފާނު ޙަދީޘް ކުރެއްވިޔޭ: (فإنه لا صلاة لمنفرد خلف الصف) (ފަހެ ނަމާދުގެ ޞަފުގެ ފަހަތުގައި އެކަނިމާއެކަނި ހުންނަ މީހާއަށް ނަމާދެއް ނުވެއެވެ.) އަދި މިސަނަދު ޞައްޙައެވެ.

އަދި (މިރިވާޔަތަކީ) ޠަލަޤް ބްނު ޢަލީ ގެ އަރިހުން ކަމަށް އޮތް އަލްޙާފިޡު (އިބްނު ޙަޖަރު) ގެ ބަސްފުޅުގައި، އަޞްލެއް ނެތެވެ. ރަނގަޅުގޮތަކީ އަހަރެމެން (މަތީގައި) މިބަޔާން ކުރިގޮތެވެ.


=

Читать полностью…

Galandān ގަލަންދާނު

~ ގަލަންދާނު 🆕

Читать полностью…

Galandān ގަލަންދާނު

ސިލްސިލާ: ފައިދާއެއް [1]

[[ އުއްމު ޤައުސުގެ މުހާޖިރަކީ އަޞްޙާބުބޭކަލެއް ކަމުގައި، ޘާބިތެއް ނޫނެވެ. ]]

ވަކީޢު، އެކަލޭގެފާނުގެ ފޮތުގައި، އަލް އަޢުމާޝްގެ އަރިހުން ރިވާކުރެއްވިއެވެ: ޝަޤީޤު —އެބަހީ އަބޫ ވާއިލު— ވިދާޅުވިއެވެ: "ރަށްފުށުން އަޢުރާބީ އަކު، އުއްމު ޤައިސު އޭ ކިޔާ އަންހެނަކާއި ކައިވެނި ކުރުމަށް ރުހުންބަސް ނިމިފައިވެއެވެ. (އެބަހީ އެންގޭޖް ކުރެވުމެވެ.) އެހެނަސް އޭނާ އެކަނބުލޭގެ ގާތަށް ހިޖުރަ ކޮށްފުމަށް ދާންދެން އެކަމުން އެކަނބުލޭގެ ދެކޮޅުހަދައިފިއެވެ. އެހެންކަމުން އޭނާ ހިޖުރަ ކުރިއެވެ. އަދި އެކަނބުލޭގެއާއި ކައިވެނިކޮށްފިއެވެ. އަހަރެމެން އޭނާއަށް ވަނަމަކަށް "އުއްމު ޤައިސުގެ މުހާޖިރު" އޭ ގޮވައި ހަދަމެވެ".

[އަބޫ ވާއިލު އިތުރަށް] ވިދާޅުވިއެވެ: "އެހެންކަމުން ޢަބްދުﷲ —އެބަހީ އިބްނު މަސްޢޫދު— ވިދާޅުވިއެވެ: ”އެއްޗަކަށް އެދި ހިޖުރަ ކޮށްފި މީހާ، އެކަމެއް އެކުރީ އެއެއްޗަކަށެވެ“. ⁽¹⁾


އިބްނު ރަޖަބު ވިދާޅުވިއެވެ:

❞ މި ރިވާޔަތް ގެނެވިފައިވާ ގޮތުން ފައިސިލާ ވެވެނީ، މިކަމަކީ ނަބިއްޔު ﷺ ގެ ޢަހުދުގައި ހިނގާފައިވާ ކަމެއް ނޫން ކަމެވެ. އަދި މިއީ (ނަބިއްޔާ ﷺ އަށްފަހު) އިބްނު މަސްޢޫދުގެ ދުވަސްވަރުގައި ހިނގާފައިވާ ކަމެއް ގޮތުގައެވެ. އެހެނަސް [ޒަމާން ސާފުނޫންކޮށް] ސުފްޔާނުއް ޘަޥްރީގެ މަގުން، އަޢުމާޝްގެ އަރިހުން، އަބޫ ވާއިލުގެ އަރިހުން، އިބްނު މަސްޢޫދުގެ އަރިހުން ރިވާވެފައިވެއެވެ:

[އިބްނު މަސްޢޫދު] ވިދާޅުވިއެވެ: ”އުއްމު ޤައިސު އޭ ކިޔާ އަންހެނަކާއި ރުހުންބަސް ނިމިފައިވާ މީހަކު އަހަރެމެންތެރޭ އުޅުނެވެ. އެކަނބުލޭގެ ގާތަށް ހިޖުރަކޮށްފުމަށް ދާންދެން ކައިވެނިން އެކަނބުލޭގެ މަނާވެ ހުރެއްޖެއެވެ. ފަހެ އޭނާ ހިޖުރަކުރިއެވެ. އަދި އެކަނބުލޭގެއާއި ކައިވެނި ކޮށްފިއެވެ. އެހެންކަމުން އަހަރެމެން އޭނާ އަށް ”އުއްމު ޤައިސުގެ މުހާޖިރޭ“ ގޮވައި އުޅުނީމެވެ.“

އިބްނު މަސްޢޫދު [އިތުރަށް] ވިދާޅުވިއެވެ: ”އެއްޗަކަށް އެދި ހިޖުރަކޮށްފި މީހާ، އެހިޖުރައެއް ވަނީ އެއްޗަކަށެވެ.“ ⁽²⁾

ފަހެ ނަބިއްޔާ ﷺ ގެ ޙަދީޘް ބަސްފުޅު «وَمَنْ كَانَتْ هِجْرَتُهُ لِدُنْيَا يُصِيبُهَا أَوِ امْرَأَةٍ يَنْكِحُهَا» {ދުނިޔެއަށްޓަކައި ނުވަތަ އަންހެނަކާއި ކައިވެނި ކުރުމަށްޓަކައި ހިޖުރަކުރިމީހާގެ ހިޖުރަވާހުށީ (އަދި ބަދަލުދެވުންވަނީ) އޭނާ ހިޖުރަކުރި ކަމެއްގެ މައްޗަށެވެ.} — މިޙަދީޘުގެ ސަބަބަކީ އުއްމު ޤައިސުގެ މުހާޖިރުގެ ވާހަކަ ކަމުގައި މަޝްހޫރުވެފައިވެއެވެ. އަދި ފަހުގެ ގިނަ ދަންނަބޭކަލެއް އެވެރިންގެ ފޮތްތަކުގައި މިވާހަކަ މިހެން ޛިކުރު ކުރައްވާފައިވެއެވެ. އެހެނަސް ޞައްޙަ ސަނަދަކުން އެކަމަކަށް އެއްވެސް އަޞްލެއް އަހަރެމެންނަށް ފެނިފައިނުވެއެވެ. والله أعلم ❝ — اهـ . (އިބްނު ރަޖަބް ގެ ބަސްކޮޅު މިހިސާބަށް)


އަދި އަލްޙާފިޡު އިބްނު ޙަޖަރު، އިބްނު ޢައްބާސްގެ ޤަޥްލުފުޅު ނަޤުލުކުރައްވައި، "އަލްފަތުޙު" (12/1) ގައި ވިދާޅުވިއެވެ: ”އެހެނަސް ޢަމަލުތަކާއި ބެހޭ ޙަދީޘް ނަންގަނެވުމުގެ ސަބަބަކީ މިއީ ކަމުގައި މިއަކު އައިސްފައިނުވެއެވެ. އަދި (ސަނަދުތަކުގެ) އެއްވެސް މަގަކުން، މިކަމަށް ޞަރީޙަކޮށް ފައިސިލާ ކުރެވޭނެ އެއްޗެއް އަހަންނަށް ފެނިފައިނުވެއެވެ.“


— މަޞްދަރު: އިބްނު ރަޖަބް އަލްޙަންބަލީގެ ”ޖާމިޢުލް ޢުލޫމި ވަލް ޙިކަމް“ (1/74,75) އަލްއަރްނާއޫޠުގެ ތަޙުޤީޤު

~ ގަލަންދާނު


-----------------------
[1] އަދި ސަޢީދު ބުނު މަންޞޫރު އެކަލޭގެފާނުގެ "ސުނަނު" ގައި، އަދި އެކަލޭގެފާނުގެ މަގުން އައްޠަބަރާނީ "އަލްމުޢްޖަމުލް ކަބީރި" (8540) ގައި، އަބޫ މުޢާވިޔާ އަރިހުން، އަލްއަޢުމާޝް ގެ އަރިހުން، ހަމަ މިސަނަދުން ރިވާކުރައްވާފައިވެއެވެ. އަދި އަލްހައިޘަމީ "މުޖްމިޢުއް ޒަވާއިދު" (2/101) ގައިވިދާޅުވިއެވެ: "މީގެ ރާވީންނީ އައް ޞަޙީޙުގެ ރާވިންނެވެ". އަދި އަލްޙާފިޡު އިބްނު ޙަޖަރު ވިދާޅުވިއެވެ."މިސަނަދު ދެ ޝައިޚުން (އަލްބުޚާރީ އާއި މުސްލިމް) ގެ ޝަރުޠުތަކުގެ މައްޗަށް ޞައްޙައެވެ".
[2] "ޠަރްޙުއް ތަޘްރީބި" (2/25) ގައި ވިދާޅުވެފައިވާ ފަދައިން، މީގެ ރާވީންނަކީ ޘިއްޤާތު (އިތުބާރުވެރި ރާވީން) ތެރޭން ހިމެނޭ ބޭކަލުންނެވެ.

Читать полностью…

Galandān ގަލަންދާނު

❣️ ❝ Part of Loving Allah and glorifying Him is reading His words, studying them, understanding them, gathering the mind to contemplate them, knowing what it requires (of him), and being habitual on it. And with the degree of love, rests the level of pleasure from the words of the Beloved. Whenever a heart is attached to the words of Allah, that is an evidence of the sincerity of love, for whoever loves someone, he frequents in mentioning him and thoroughly understands the intended meanings of his words and speech. And decrease of this, diminishes the love. ❞

— Al-Shaykh Sulaymān bin Nāṣir Al-ʿAlwān
(Khawāṭīr Al-Muntaqāt, p. 3)

~ Galandān

Читать полностью…

Galandān ގަލަންދާނު

🗯Summary: ❝ The Jurisprudence Of The Four Aḥādīth Regarding Supplication When Breaking The Fast:

I say — and Allah is the source of strength — The above ⁽¹⁾ clearly shows that nothing has been proven in this chapter, that is valid to rely on. There by, the fasting person can make use of any dhikr or supplication which is convenient to him. There is no problem whatsoever, in not restricting himself to a specific supplication or specific dhikr.

That which supports the supplication and remembrances being not restricted, is the fact that these weak aḥādīth itself came in different wordings (i.e. as different supplications). And also this matter has been proven from some of the salaf — as we have previously mentioned — with a good chain, on the authority of Al-Rabīʿ bin Khuthaym رحمه الله :

{ he, Al-Rabīʿ bin Khuthaym used to say: (الحَمْدُ لِلَّهِ الَّذي أعانَنِي فَصَمْتُ، وَرَزَقَنِي فأفْطَرْتُ) “All praise is due to Allah who assisted me, so I fasted; and who provided me, so I could break my fast”}. — narrated by ibn Abī Shaybah.

Overall, Allah عز وجل has promised to answer all prayers (Al-Duʿā). So it is upon the person to seek the hours of virtue and its times, especially in the month of Ramaḍān. والله أعلم. ❞


— Shaykh Al-Muḥaddith ʿAbdullah Al-Sʿad (text)

~ Galandān


--------------------
[1] This is after a lengthy discussion by the Shaykh, on each of the four ḥadīth under this chapter, their chains and weaknesses.

Читать полностью…

Galandān ގަލަންދާނު

❝ Some Imāms regularly recites Sūrah {Al-Aʿlā} and {Al-Kāfirūn} in dual rak'ah, then {Al-Ikhlāṣ} in the Witr rak’ah. The Sunnah is to recite them in three rak’ahs with one salām, not two salāms.

It is permissible for the worshipper to pray Witr with one rak’ah, or with three or five continuous rak’ahs. But if he wants to recite {Al-Aʿlā}, {Al-Kāfirūn} and {Al-Ikhlāṣ} — then the Sunnah method is for it to be performed in three (rak'ahs) with one salām. ❞


— ʿAbdul ʿAzīz Al-Ṭārīfī (source)
~ Galandān

Читать полностью…

Galandān ގަލަންދާނު

🌒ބަނޑުބޮޑު އަންހެނާއާއި ގާތުންދޭ މައިން ރޯދަ ހިފުމުގެ މައްޗަށް އޮތް ލުއި، އަދި އެއާއި ގުޅިފައިވާ ޙުކުމްތަކުގެ މައްޗަށް ޚުލާޞާ

❞ ޢިލްމުވެރިން رحمهم الله ބަނޑުބޮޑު އަންހެނާ އާއި ގާތުންދޭ މައިން (ރޯދަ) ޤަޟާއު ކުރުމުގެ ކަންތަކުގެ އިޚްތިލާފުވެލެއްވިއެވެ. އެގޮތުން ހަތަރު އިމާމުންގެ މަޛުހަބީ ޤަޟާއު ކުރުމެވެ. އެއީ މުސާފިރާއި ބަލިމީހުންނާއި އެއްހަމަ ކުރައްވައިގެންނެވެ. އަދި ކުރިން ބުނެވުނު އާޔަތް (البقرة 184) ބަލިމީހާއާއި މުސާފިރުގެ މައްޗަށް ގަޟާއު ވާޖިބުކަން ދަލީލުކޮށްދެއެވެ. އަދި މިއީ ޢިލްމުވެރިން رحمهم الله އެކަމަކަށް އިޖުމާޢުވެފައިވާ ނުކުތާއެކެވެ. އެހެނަސް އިޚްތިލާފުވެލެއްވީ ބަނޑުބޮޑު މީހުންނާއި ގާތުންދޭ މައިން ގެ ކަންތަކުގައެވެ. ވީމާ ހަތަރު އިމާމުން އެދެބައި، ބަލިމީހުންނާއި މުސާފިރުންގެ (ޙުކުމުގެ) ތެރެއަށް އެއްކުރެއްވިއެވެ. އެހެންކަމުން އެވެރިން އެންމެންނީ އެއް ހަމަޔެއްގައިވާ ބަޔެކެވެ. އަދި ރޯދަ ހިފުން އެ އެންމެން މައްޗަށް ފަރުޟެވެ. (ޢުޛުރުގެ ސަބަބުން ފަސްކުރެވުނަސް ކެނޑި ނުދެއެވެ.). ވީމާ (އެފަރުޟު) ކުޅަދާނަކަން ނުވާ މީހާ އަށް މެނުވީ ކެނޑިނުދެއެވެ. (އެބަހީ އެހެންޏާ މުސްކުޅި ބަލިއާއި ހުރެ ނޫނީ ރޯދަހިފުމަށް ކުޅަދާނަކަން ގެއްލިދާ ދާއިމީ ބައްޔެއްގެ ސަބަބުންނެވެ.) އެގޮތުން މިވެރިން އެކަން ފުއްދުމަށް ފިދިޔަ ދިނުން ވެއެވެ.

އަދި އިބްނު ޢުމަރާއި އިބްނު ޢައްބާސު رضي الله عنهماއަރިހުން (ބަނޑުބޮޑު ވުމާއި ގާތުންދޭ މައިންނަށް ވުމުން ދަރިފުޅަށް ބިރުއޮތް ޢުޛުރުވެރީންނާއިމެދު) ޘާބިތުވެފައިވާ، އެދެބޭފުޅުންގެ ބަސްފުޅު: އެދެބައި މީހުންނަށްވެސް ޤަޟާއު ކުރުމެއް ނުވެޔޭ — މިއީ އެދެބޭފުޅުންގެ އިޖުތިހާދަކަށް ވުން ވެސް އެކަށީގެން ވެއެވެ. އަދި އެ ޙުކުމަކީ ތަޥްޤީފީ ޙުކުމް ފުޅަކަށް ވުންވެސް އެކަށީގެން ވެއެވެ. އެހެނީ އިބްނު ޢައްބާސް ބަޤަރާ ސޫރަތުގެ (ރޯދައިގެ ޢުޛުރާއިމެދު އޮތް) ޢާޔަތާއި މެދު، އެއީ މުސްކުޅިކަން ބޮޑު ފިރިހެނާ އަދި މުސްކުޅިކަން ބޮޑު އަންހެނާކަމުގައި ވެސް ތަފްސީރު ކުރެއްވިއެވެ. އެގޮތުން ބަލިމީހާ އާއި މުސާފިރަށް އޮތް (ޤަޟާއު ކުރުމުގެ) ޙުކުމަކީ އެދެވެރިންނަށް އެކަނި ޚާއްޞަ ޙުކުމެއް ގޮތުގައި އެކަލޭގެފާނު، رحمه الله ދެކިލެއްވި ފަދައެވެ. އަދި މިފަދަ ކަމެއްގައި އިޖުތިހާދު ނުކުރެއްވޭނޭ ބުނުމަކީ (ޙައްޤުގޮތާއި) ދުރު ބުނުމެއް ނޫނެވެ. (ވީމާ ތަޥްޤީފީ އަމުރަކަށްވުން ގާތްކަން ބޮޑޭ ބުނެވިދާނެއެވެ.) އަދި އެއީ ތަޥްޤީފީ އަމުރުފުޅެއް ކަމުގައި ނުވެ މިކަންތަކުގައި ދެފަޤީހުވެރި ޞަޙާބީން އިއްތިފާޤުވެލައްވާނީ ކިހިނަކުން ހެއްޔެވެ؟

މިއާއިއެކު، ޖުމްހޫރުންގެ ޤަޥްލު (ޤަޟާއުކުރަން ޖެހޭނޭކަން) ރައްކައުތެރިކަން ބޮޑެވެ. ވީމާ ބަނޑުބޮޑު މީހުންނާއި ގާތުންދޭ މައިންނަށް އަޥްލާކަން ބޮޑީ، ރޯދަ ދޫކުރަނީނަމަ، އެ ޤަޟާއު ކުރުމެވެ. އެހެނީ (ފަރުޟު) ރޯދައަކީ (ޙަދީޘުގައިވާ ފަދައިން) ތިރީސް ނޫނީ އޮނަތިރީސް ދުވަހުގެ މައްޗަށް އޮންނަ ފަރުޟެކެވެ. ވީމާ އޭނާ މައްޗަށް ވަނީ އެކަމުގައި ޔަޤީނާއި އެކު އަދާ ކުރުމެވެ. ވީމާ އަމުރުވެވިފައިވާ ކަމެއް ހީއަކަށް ދޫނުކުރުމެވެ.

ދެންފަހެ (ބަނޑުބޮޑު މީހުންނާއި ގާތުންދޭ މައިން ދޫކުރާރޯދަ ޤަޟާއުގެ އިތުރުން ފިދިޔައަށް) ކާންދިނުމާއި މެދު ދަންނައެ: ރާޖިހު ޤަޥްލުގެ މައްޗަށް ބަލާއިރު ގަަޟާއު ކުރަނީނަމަ އެކަން (ފިދިޔަ ދިނުން) ލާޒިމެއް ނޫނެވެ. އެކަން ލާޒިމުވުން ވަނީ ޤަޟާއު ކުރުން ނުވާ ޙާލަތުގައެވެ. ❝

— ޝެއިޚް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން (ބަސްކޮޅު)

[ޝެއިޚް ސުލައިމާން އަލްޢަލްވާންގެ މިއަށްވުރެ ތަފްޞީލީ ޖަވާބެއް އަހަރެމެންވާނީ އިނގިރޭސިބަހުން ހުށަހަޅާފައެވެ.]

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު



“While some scholars stated that the pregnant woman and the breastfeeding woman, breaks the fast and make up for the fasts and feed for it (i.e. feeds a poor person a meal for every fast she forgoes).” As for Al-Qaḍāʾ (making up for the missed fasts in some other day) this is the saying of the Jumhūr (majority). As for feeding (alongside Qaḍāʾ), Sufyān, Mālik, Al-Shāfiʿī and Aḥmad stated it, and Imām Abū Hanīfah رحمه الله didn't.

(Abū ʿĪsā's) statement “Some of them said, they both breaks the fast, feeds and there is no Qaḍāʾ upon them. Or if they wish they can make up for it and then there is no (obligation to) feed. Upon this was the saying of Isḥāq.” therefore the opinion with Isḥāq is that Qaḍāʾ and feeding does not combine. Hence if the pregnant woman and breastfeeding woman breaks the fast either she makes up for it without giving meals or give meals and not make up for it.

And it is proven from ibn ʿUmar and ibn ʿAbbās that both of them said: “The pregnant woman and the breastfeeding woman, breaks up their fast and does not need to make up for it” (الحامل والمرضع تفطر ولا تقضي)

This was reported by Al-Dāraquṭī and he authenticated it. And it was narrated via the path of Ayyūb on the authority of Nāfiʿ on the authority of ibn ʿUmar a pregnant woman questioned him (regarding this matter) and he replied: (أفطري وأطعمي عن كل يوم مسكيناً ولا تقضي) “Break the fast and for every single day give a meal to a miskīn, and you do not (need to) do Qaḍāʾ.”

Ibn Ḥazm رحمه الله in “Al-Muḥallā” said regarding the pregnant and the breastfeeding and the old person: “If they are unable to fast, he said: break the fasts and there is neither Qaḍāʾ upon them nor feeding. Because Qaḍāʾ is upon the ones if they were sick and broke the fast, upon the statement of Almighty:
{ فَمَن كَانَ مِنكُم مَّرِيضاً أَوْ عَلَى سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ }البقرة 184
{But whoever of you is ill or on a journey, then ˹let them fast˺ an equal number of days ˹after Ramaḍân˺.}

If fasting is broken, then the obligation to make up for them (the pregnant, breastfeeding and old), is a law that Allah has not authorized, and Allah has not made it obligatory for anyone except the sick, the traveler, the menstruating, and postpartum women, and those who intentionally vomit only.”

The majority oppose on this point, and they say about the pregnant and breastfeeding woman that they are attached to the sick person, and the fact that this is what was mentioned in the Qur’an, are cited from other evidence and general texts. It has been previously mentioned that making up for it is obligatory with certainty (via a clear authoritative text), and that for everyone who breaks the fast, (making up) is an obligation with certainty, and for this reason the one who breaks it knowingly is not mentioned (in the texts, but qaḍā is obligated), nor is the non traveller Mujāhid who breaks the fast mentioned, because the ḥadīth that mentioned this is weak, hence we remain on the basic principle: that whoever breaks the fast should make up for it.

And the ḥadīth that Allah waived the (obligation of) fasting for the pregnant woman and the breastfeeding woman, is not plain (in wording) to say that they are not to make up for it. While certainty is present in the matter of obligation of Qaḍā. Thereby (as the rule says), if ambiguity is present in a text, it being used as evidence is nullified. ( إذا وجد الاحتمال سقط الاستدلال)

=

Читать полностью…

Galandān ގަލަންދާނު

🔴
ނޯޓް: ކައިވެނީގެ ފިޤުހު (4) ”ފޯނުން ކުރެވޭ ކައިވެނި ބާޠިލެވެ.“ މި ރައުޔުގައި އިޚްތިލާފު އޮތީ އޮޅުވައިލުމާއި ގޯސްހެދުމުގެ ފުރުސަތުގެ ގާތްކަމުގެ މައްޗަށެވެ. އަދި ފަތުވާގައި އެވަނީ ރައްކާތެރި ގޮތެވެ. ފަސާދައިގެ ދޮރުބަންދުކުރުމަށެވެ. އަދި އޮޅުވައި ނުލުމާއި އިތުބާރު އޭގައި ރަސްމީ ސިފަޔެއްގައި އޮވެއްޖެ ހިނދު، އެއީ އޭގެ ޒާތުގައި ޙުއްދަކަމެއް ކަމީ ބުރަދަން ބޮޑު ޤަޥްލެކެވެ. الله أعلم.

~ ގަލަންދާނު 

Читать полностью…

Galandān ގަލަންދާނު


ގަދަބާރާއިއެކު ކަނޑައަޅާފައިވާ މި ޤަރާރުތަކަށް ބޯލެނބުމީ ނަހީވެގެންވާ ތަޙާކުމް ކަމުގައި ބުނާނަމަ، ﷲ ގެ ޙުކުމް ނޫން ޙުކުމެއް ދަށުގައި ދިރިއުޅޭ ކޮންމެ މީހަކީ ކާފަރެއް ގޮތުގައި ވެދެއެވެ..!

އަދި މިޤަޥްލަކީ ހައްދުފަހަނައެޅި ޚަވާރިޖުން ނޫން ބަޔެއް ބުނެފައިވާ އެއްޗެއް ނޫނެވެ. އެއުރެން ބުނެފައިވާ ގޮތުން، ޙާކިމު މީހާ ﷲ ގެ ޙުކުމް ނޫން އެއްޗަކުން ޙުކުމް ކުރާނަމަ، އޭނާ ކާފަރުވެއްޖެއޭ އަދި އޭނާގެ ރައްޔިތުންވެސް ކާފިރުވެއްޖެ އޭ އެވެ. !!

ވީމާ ގަދަބާރާއިއެކު ކަނޑައެޅިފައިވާ އެއިން ދިފާޢު ނުވެވޭ ޙުކުމަކަށް — އެބަހީ: ވެރިމީހާ ކަނޑައަޅާ ޤަރާރުތަކަށް —ބޯލެނބުމާއި، ޝަރުޢު އާއި ޚިލާފު ޤާނޫނު ތަކަށް އިޚްތިޔާރުގައި ތަޙާކުމް ކުރުމާއި ދެމެދު ފަރަޤުކުރަން ދެނެގަންނަން ޖެހެއެވެ. އަދި ﷲ تعالى ގެ މިބަސްވަޙީގެ މަޤްޞަދުވަނީ ފަހުން މިބުނެވުނު ޙާލަތުގައެވެ:

{أَلَمْ تَرَ إِلَى الَّذِينَ يَزْعُمُونَ أَنَّهُمْ آمَنُوا بِمَا أُنْزِلَ إِلَيْكَ وَمَا أُنْزِلَ مِنْ قَبْلِكَ يُرِيدُونَ أَنْ يَتَحَاكَمُوا إِلَى الطَّاغُوتِ وَقَدْ أُمِرُوا أَنْ يَكْفُرُوا بِهِ وَيُرِيدُ الشَّيْطَانُ أَنْ يُضِلَّهُمْ ضَلَالًا بَعِيدًا} [النساء: 60]
{(އޭ رسول ﷲ އެވެ!) ހަމަކަށަވަރުން ކަލޭގެފާނަށް ބާވައިލެއްވި ތަކެއްޗަށާއި އަދި ކަލޭގެފާނުންގެ ކުރީގައި ބާވައިލެއްވި ތަކެއްޗަށްވެސް އީމާންވެގެންވާ ކަމުގައި ހީކުރާ ބަޔަކަށް ކަލޭގެފާނު ނުބައްލަވަމުތޯއެވެ؟ އެމީހުން އެ އެދެނީ طاغوت ގެ ފަރާތުން حكم ހޯދުމަށެވެ. އަދި ހަމަކަށަވަރުން އެމީހުންނަށް أَمْرُ ވެވިގެންވަނީ طاغوت އަށް ކާފަރުވާށެވެ. އޭގެފަރާތުން حكم ނުހޯދުމަށެވެ. އަދި شيطان އާ އެދެނީ އެމީހުން ވަރަށް ދުރު މަގުފުރެދުމަކުން މަގުފުރައްދައިލާށެވެ. އޮޅުވައިލާށެވެ.}...“
—ޝެއިޚް އަބުލް މުންޛިރް އައްޝަންޤީޠީ



މަސްދަރު: މިންބަރުއް ތަޥްހީދު ވަލްޖިހާދު ގެ ޝަރުޢީ ލަޖުނާގެ ސުވާލާއި ޖަވާބު ތަކުން

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

#KaiveneegeFiguhu (6)

⚪️އިސްލާމީ ޝަރީޢަތާއި ޚިލާފު ޤާނޫނެއްގެ ދަށުން، ކައިވެނީގެ ޢަޤުދެއް ރެޖިސްޓަރ ކުރުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟

(ހ)
ސުވާލު (621) - بسم الله الرحمن الرحيم، أما بعد: އަހަރެމެންގެ ޤަޥްމުގައި (ކައިވެނީގެ) ހުއްދަދޭ ފަރާތް ކައިވެނީގެ ޣަޤުދު ރެޖިސްޓަރ ކޮށްދެނީ ޣައިރު ޝަރުޢީ ކޯޓުގައެވެ. އަދި އަހަރެމެން ގާތަކު ﷲ ބާއްވައިލެއްވި އެއްޗަކުން ޙުކުމް ކުރާ ޝަރުޢީ ކޯޓެއް ނުވެއެވެ. ﷲ ގަންދީ ބުނަމެވެ. އޭ އަހަރެމެންގެ ޝެއިޚެވެ. މިކަންތަކާހުރެ އަހަރެމެންގެ ތެރޭގައި އަހަރެމެންގެ ޤަޥްމުގައި ބޮޑު ފިތުނައެއް އުފެދިފައި ވެއެވެ... ވީމާ އަހަރެމެންނަށް މިކަމުގައި އަވަސް ޖަވާބެއް ދެއްވުން އެދެމެވެ. والسلام عليكم ورحمة الله وبركاته.

ޖަވާބު: "الحمد لله والصلاة والسلام على رسول الله ، أخانا الفاضل ..

ކައިވެނި ޢަޤުދުކުރުމަށް ފަހު އެއަށް ހުއްދަ ނެގުމުގައި މައްސަލައެއް ވާކަމަކަށް އަހަރެމެން ނުދެކެމެވެ. އެއީ އެ ރެޖިސްޓަރ ކޮށް ދެލިކުރުމެވެ. ޝަރުޢީ ކޯޓެއް ނޫނީ ޣައިރު ޝަރުޢީ ކޯޓެއްގައި ވިޔަސް އެވެ. ފަހެ މި ރެޖިސްޓްރޭޝަން އާއި ލިޔެކިޔުމީ ކައިވެންޏަށް އެއިން ކުރާ އެއްވެސް ޝަރުޢީ އަސަރެއް ނެތް ކަމެކެވެ. އަދި އެކަމުގައި އެއްވެސް ބުރަދަނެއް ވެސް ނެތޭ އެހެނަސް އެއީ ރަސްމީ ލިޔެކިޔުންތަކެއް ޞައްޙަ ކުރުން މެނުވީއެވެ. އެއީ އެއާއި ނުލައި ދުއްތުރާތައް ލައިގަނެ، ޝަރުޢީ ސުލްޠާނެއް ދަށުގައި ނެތް ޙާލުގައި މީސްތަކުންގެ ޙައްޤުތައް އެއާއި ލައިގެން މެނުވީ ކަށަވަރުކޮށްނުދެވޭ އެއްޗެކެވެ. އެއީ ހަމަ އުފަންދުވަހުގެ ސެޓްފިކެޓާއި ކޮންޓްރެކްޓް ތަކާއި، ނަސަބާއި ޙައްޤުތައް ހެކިކުރުމަށް ބޭނުން އެފަދަ ލިޔެކިޔުންތަކާއި އެއްކަހަލަ އެއްޗެކެވެ. މިތަކެއްޗަކީ މިއާއި ނުލައި ކޯޓުތަކާއި އެނޫން ސަރުކާރުގެ އޮފީސްތަކުން މަސައްކަތެއް ނުކޮށްދޭ އަދި ޙައްޤުތައް ފޯރުކޮށްނުދޭ ތަކެއްޗެވެ... އަދި މިކަމުގައި (މީސްތަކުންނަށް) ތަކުލީފާއި ބުރަޖެއްސުމުގެ، އަދި މިއާއި ވިއްދައި މުސްލިމުން ދެމެދު އަރައިރުން ވުމާއި ފިތުނަ އުފެއްދުމުގެ އެއްވެސް ބޭނުމެއްނެތެވެ. ދެންއަދި ކުފުރުވަނިވި ކަމެއް ގޮތުގައި މިކަން ކަނޑައެޅުމުގެ ދުރުކަން ދެކިބަލާށެވެ. އެއީ ބައެއް ހައްދުފަހަނައެޅި ޖާހިލުން ކަންތައް ކުރާ ފަދައިން ނެވެ. އޭގެ މައްޗަށް އެވެރިން ޢާންމު އެންމެހާ މުސްލިމުން ތަކްފީރުކޮށްލައެވެ. ޝައްކެތްވެސް ނެތް ގޮތުގައި މިއީ ހައްދުފަހަނައެޅި މީހުންގެ މަގުފުރެދުމާއި ޙައްޤުން އެއްކިބާވުމުގެ ތެރެއިންވާ ކަންކަމެވެ. .. އަހަރެމެންނާއި އަހަރެމެންގެ އަޚުން އެވެރިންގެ މަގުފުރެދުންތަކުން ﷲ ރައްކައުތެރި ކުރައްވާށިއެވެ. ..❝
— އައްޝެއިޚް އަބޫ މުޙައްމަދު އަލްމަޤްދިސީ


(ށ)
އަދި ޝެއިޚް އަބޫ އުސާމާ އައްޝާމީ އާއި ސުވާކުކުރެވުނެވެ:

ސުވާލު (327) - ކައިވެނި ކުރަން އުޅޭ ފިރިހެނާގެ ޤަޥްމު ނޫން ޤަޥްމެއްގެ އަންހެނަކާއި ކައިވެނި ކުރުމުގެ ހުއްދައަށް ސަރުކާރެއް ފުށުން އެދުމުގެ ޙުކުމަކީ ކިބައިތޯއެވެ؟“

”...އެފަދަ ކަމެއްގައި ޢައްޔަންވެފައިވާ އިދާރާތަކަށް ހުށަހެޅުމުގައި އެއްވެސް ޙަރާމް ކަމެއް ނޫނީ ޝަރުޢީ މަނައެއް ވާކަމުގައި އަހަރެމެން ނުދެކެމެވެ. އެހެނީ މިއީ އެއްވެސް ޒާތެއްގައި ގޮތްކަނޑައެޅުމެއް (ޤަޟިއްޔާއެއް) އަދި ތަޙާކުމެއް ހިމެނޭ ކަމެއް ނޫނެވެ. އެހެނަސް މިއީ ވިޔަފާރިކުރާ ފިހާރައެއް ގެ ލައިސަންސް ހޯދުން ކަހަލަ ކަމެކެވެ. އެއާއި ނުލައި އެވެރިން އެކަމުގައި ހުއްދަ ނުދޭތީއެވެ. މިއީ ވިޔަފާރި ކުރުމީ ޙަލާލުކަމެއް ކަމުގައި ވާހިނދުގައިވެސް މެއެވެ. ވީމާ ވިޔަފާރި ކުރުމަށްޓަކައި އެކަނި އެވެރިން ފުށުން ލައިސަންސު ހޯދާ މީހަކީ، އެވެރިންގެ ޙަރާމް ތަކަށް ނުވަތަ ގަނެވިއްކުމުގައި މަނައުތަކަށް އަދި އެވެރިން ހުއްދަކުރާ ރިބާއަށް އެއްބަސްވާ މީހެކޭ ބުނެވިދާނެހެއްޔެވެ؟!...“
— އައްޝެއިޚް އަބޫ އުސާމާ އައްޝާމީ


(ނ)
އަދިވެސް ބައެއް ޤަޥްމުތަކުގައި ހުންނަ، ކައިވެނީގެ ރެޖިސްޓްރޭޝަން ގެ ޚިދުމަތްދޭ ލީގަލް ފަރާތެއް ގޮތުގައި މަސައްކަތް ކުރުމުގެ ޙުކުމާއިމެދު ކުރެވުނު ސުވާލެއްގައި (ސުވާލު ނަންބަރު 29) ވިދާޅުވިއެވެ:

❞ ލީގަލް އޮފިޝަލެއްގެ މަސައްކަތުގެ ދާއިރާ އަކީ ހަމައެކަނި ކައިވެނީގެ ޢަޤުދުގެ ލިޔެކިޔުން ޘާބިތުކޮށްދީ ރަސްމީ ލިޔެކިޔުމުގައި އެތަކެތި ދެލިކުރުމެވެ. މިއީ ދެބަސްވުމެއް ހިނގާފާނޭ ޙާލަތެއްގައި ޙައްޤުތައް ރައްކައުތެރި ކުރުމުގެ ގޮތުންނެވެ. އަދި މިއީ މީސްތަކުންނަށް ވަކިން ޚާއްޞަކޮށް ދީންވެރިކަން މަދުވެފައިވާ މިޒަމާނުގައި ނުހަނު ބޭނުންޖެހިފައިވާ އިދާރީ ތަރުތީބެކެވެ. މިއީ މީސްތަކުންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ގޮތުން ބިންތަކާބެހޭ އިދާރާގައި ގޯތި ރަޖިސްޓަރީ ކުރުންފަދަ ކަމެކެވެ. އެހެންކަމުން މީގައި ތަޙާކުމް ކުރުމުގެ ސިފައިގެ ތެރެއިން އެއްވެސް އެއްޗެއް ނުވެއެވެ. އެހެންކަމުން ކައިވެނީގެ ޢަޤުތު ރެޖިސްޓަރ ކުރުމަށް އެދޭ ފަރާތް ތަޙާކުމެއްވެސް ކުރިކަމަކަށް ނުވެއެވެ.

Читать полностью…

Galandān ގަލަންދާނު

The Messenger ﷺ commanded the Muslim, if he leaves his house for the prayer, to go out with calmness and tranquility, and not to rush even if the the prayer had begun. The wisdom behind this is that a Muslim is required to have khushūʿ ⁽¹⁾ and contemplation during the prayer, so if he hurries, the khushūʿ is lost. ❞


— Shaykh Abdullah Al-Saʿd (quote)

~ Galandān

------------------
[1] khushūʿ: to show humility in his prayer and to have complete focus of mind [details]

Читать полностью…

Galandān ގަލަންދާނު

🗣 ❞ ޢަޞަބިއްޔަތުގެ ދޮސް ފާރަށް ޛަހަބިއްޔަތުގެ ފަރުވާއެއް

އަލްބަޔާން މަޖައްލާ (އަދަދު7 ޞ. 50) ގައި ޝާއިޢު ކުރައްވާފައިވާ މުޙައްމަދު އައްނާޞިރް ގެ ލިޔުން ”موقف الإسلام من العصبية القبلية“ (ޤަބަލިއްޔަ އަޞަބިއްޔަތާއިމެދު އިސްލާމް ދީނުގެ މަޥްޤިފް)

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

~ ގަލަންދާނު , #الاختلاط

Читать полностью…
Subscribe to a channel