qalandhar | Unsorted

Telegram-канал qalandhar - Galandān ގަލަންދާނު

1843

ޢިލްމު އަދި އެއަށް ލޯބިކުރާ ދަރިވަރުންނަށް Notes by, ibn Fahmī Dīdī عفا الله عنه Friends & family

Subscribe to a channel

Galandān ގަލަންދާނު

”އުފާވެރިކަމުގެ ވިންދުތައް“ — ޢުމަރް އައްސަނަދީ

~ ގަލަންދާނު

🔻🔻

Читать полностью…

Galandān ގަލަންދާނު

🎤 ޢީދެކެވެ. ޢަޒުމާއި އުއްމީދެކެވެ.

مهما تطول السجون ••• مهــــــما بنا يمكـــرون
ހައްޔަރު ކިތައްމެ ދިގުދެއްމިޔަސް
ރޭވުންތައް ކިތައްމެ ރޭވިޔަސް

أبداً لـــــــن نهـــــون ••• قســماً لـــــن نهــــون
ދުވަހަކުވެސް ބަލިކަށި ނުމެވާނަން
ހުވަޔޭ ނުވާނަން ދެރަ

ابكي دماً يا عيــــــون ••• لي اخوة في السجون
ލޭ ކަރުނައަޅަމު އޭމަގޭ ލޮލާ
އަހަރެންގެ އަޚުން ވެއްޖޭ ޖަލު

اذاهم المجرمـــــون ••• عاداهم المعــــــــتدون
ދުއްތުރާ ދެޔޭ މުޖުރިމުން
ޢުދުވާން ވެޔޭ ނަފުރަތީން

كبلـــــونا بالحـــــديد ••• قيــــدونا لــــن نحــــيد
ކަސްތޮޅުން ބަނޭ އަހަރެމެން
ތަޅުލިޔޭ ވިޔަސް ދެމިތިބީން


~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

⚠️ ޢީދު ނަމާދުގައި، ހަށަންބަންތަކުބީރަށް ފަހު ކިޔޭ އިތުރު ތަކްބީރު ތަކުގައި އަތްނެގުމަކީ ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅެވެ.
☝️ ބައެއް މީހުން މިތަކްބީރުތައް ކިޔުމަށް މުޅިއަތް ތިރިކޮށްލައެވެ. މިއީ ކުށެކެވެ.
ރަނގަޅުގޮތަކީ ހަށަންބަނދެފައިވާ ހިސާބުން އަނެއްކާވެސް އަތް އުފުލައި ދެން ހަށަން ބަނުމެވެ.

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

🛡 ❞ ޙައްޤުގެ އަހުލުން، އަދި ޢިލްމާއި ދީނާއި ﷲ ގެ މަގަށް ދަޢުވަތު ދިނުމުގެ ބުރަ އުފުލާފައިވާ މީހުންނީ، އެބައެއްގެ އަސާސްތަކަށް ދޫނުދޭ ބަޔެކެވެ. އަދި އެވެރިން ގެ ދީން އޮއިވަރުތަކަށް ދޫވުމަށް ނުޤަބޫލު ބަޔެކެވެ. ކެތްތެރިވެ ކެތްގަދަކަމާއި އެކު ދެކޮޅުވެރީންގެ ދުއްތުރާތައް ތަޙައްމަލު ކުރާބަޔެކެވެ. ފިކުރީ ގޮތުންނާއި، ޢަޤީދާ އާއި ސިޔާސީގޮތުން އަންނަ ކަސިޔާރުކަމަށް އެވެރިން ކުރިމަތިލަނީ ނުލާހިކު ވަރުގަދަ ޢަޒުމާއި ޘާބިތުކަމާއި އެކުގައެވެ. ދަންނައެ، މިދީން އޮއިވަރުތަކަށް ދެމޭ މީހުންގެ އަތްމައްޗަކަށް، ޤާއިމެއް ނުވެއެވެ. އަދި އުއްމީދެއް ނެތް ބަޔެއްގެ ފުށުން އެއަށް، ކާމިޔާބީއެއްވެސް ނުވެއެވެ. ❝

— ޝެއިޚް ސުލައިމާން އަލްޢަލްވާން ( الجواهر الحسان)
~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

🔻 މިއީ ބޮޑުވެގެންވާ ނިޢުމަތަކަށް ވެވޭ ޝުކުރެކެވެ.

އީމާން ކަން ބަލިކަށި ބައެއް މީހުން، ޢީދުގައި އުފާ ކުރަނީ ރަމަޟާން މަސް ނިމި އޭގައި ކުރެވޭ އަޅުކަން އަވަދިވީތީއެވެ. އެއީ އެއަކީ އެވެރިން ބުރަކަށިމައްޗަށް ލެވުނު ބުރައެއް ފަދައިންނެވެ. މިބައިމީހުން ވަނީ ބޮޑުވެގެންވާ ނުރައްކަލެއްގެ ތެރޭގައެވެ. ފަހެ މުއުމިނުތަކުން ޢީދުގައި އުފައު ކުރަނީ، ﷲ تعالى އެވެރިންނަށް އެމަސް ފުރިހަމަ ކުރުމުގެ ތައުފީޤު ދެއްވީތީއެވެ. އަދި ރޯދަތައް ފުރިހަމަ ކުރެވުނީތީއެވެ. އެހެންކަމުން ﷲ އަށް މި ނިޢްމަތަށްޓަކައި ޝުކުރުވެރި ވެއެވެ.

— އައްތަޛްކިރާ

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

🔻🔻
ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވިއެވެ: ❞ހަމަކަށަވަރުން ސަލަފުން ވިދާޅުވެފައި ވަނީ: ”މުދަލެއްގެ ޒަކާތް، ބޮޑަށް ޙައްޤުވެގެން ވަނީ އެމުދަލުގެ އަވަށްޓެރިޔާއަށޭ“ އެވެ. އަދި ވެރިކަން ކުރާ ރަށަށާއި އެނޫން ތަންތަނަށް އެ ފޮނުވުމަށް، ސަލަފުން ނުރުއްސަވަތެވެ. މިއީ ކޮންމެ އަވަށަކުން ނެރެވޭ ޒަކާތަކުން، އެއަވަށަކަށް ފުދިފައި ވުމަށްޓަކައެވެ... މިއާއިއެކުވެސް، ޒަކާތާއި އޭގެ ޙުކުމުގެ ތަރަހައިގައި ހިމެނޭ ތަކެތި، ޝަރުޢީ މަޞްލަޙަތަކަށްޓަކައި އެހެންތަނަކަށް ގެންދިޔުން ހުއްދަވެގެން ވެއެވެ. ❝  — "الفتاوى الكبرى" (5/ 370)

* އިތުރަށް ކިޔާލުމަށް (ލިންކް)
~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

⚠️Supplication for Completing the Qur’ān

❝ It has three modes:

The First: Inclusion Of It In The Obligatory Prayer

This act is not legislated, rather it is a reprehensible innovation (bid'ah), and is a clear violation of the Sunnah. This is because this did not occur from the Messenger ﷺ nor from his companions, رضي الله عنهم, (and) the Rightly Guided Caliphs and other than them. I do not know of anyone amongst the Salaf (the righteous predecessors) and the people of knowledge, who prescribed it.

The Second: Inclusion Of It In The Supererogatory (Nafl) Prayer; From It, Is The Night Prayer.

Nothing has been proven in this from the authentic Sunnah.

And despite their frequent reading, nothing is proven from any of the Companions — along with an authentic chain (of transmission) — that they supplicated in the prayer, due to the completion of Qur’ān.

⚠️The Third: Inclusion Of It Outside The Prayer.

Its ruling is the same as the aforementioned, and is not legislated as well. Because it is an act without proof ⁽¹⁾, and (as understood) 'ibādāt (acts of worship) are solely based on al-tawqīf (it being revealed and proven from authentic texts). As for this matter (i.e. reading this in other than the prayer), it is lighter (in its abomination) than who does this inside the prayers. ❞


— Al-Shaykh Al-Muḥaddith ʿAbdullah Al-Saʿd (quote)

~ Galandān


------------------
[1] As for the narration that Anas made duʿā along with his family —and this is only narrated from a single companion — Shaykh ʿAbdullah Al-Saʿd stated that what is more correct is that “he invited them (yad‘ū)” —for the completion of the Qurʾān — and not the addition: “and made duʿā with them”. He then said: Someone might say what is the purpose of inviting? This is hoping (to gain the blessings) in the descend of Allah's mercy, that is due to the completion of the book of Allah.”

Читать полностью…

Galandān ގަލަންދާނު

🔗ޒަކާތާއި ބެހޭ ބައެއް ފިޤުހު

➊ (ހ) ފިޠުރު ޒަކާތުގެ މިންވަރަކީ ޞާޢު އެވެ. (ށ) އަދި އެއީ އެތަނެއްގެ ޢާންމު ކާނާއިންނެވެ. (ނ) އަދި އެކަމުގެ ވާޖިބުކަން ކޮންމެ މުސްލިމަކަށް ވެއެވެ. [ކިޔާލުމަށް]

➋ އަސީރުން ފިތުރު ޒަކާތް ނެރެން ޖެހުމާއި މެދު، ޚުލާސާ [ކިޔާލުމަށް]

➌ ފިޠުރު ޒަކާތް ދޭން ޖެހެނީ ކޮން ބަޔަކަށް؟ [ކިޔާލުމަށް]

➍ ޒަކާތް ދިނުން ވަނީ މުއުމިނުންނަށެވެ. [ކިޔާލުމަށް]

➎ ފިޠުރު ޒަކާތް ނެރުން ވަނީ އެމީހެއް ރޯދަމަސް ނިންމާ ބިމެއްގައެވެ. [ކިޔާލުމަށް]

➏ ފިޠުރު ޒަކާތް އަމިއްލަޔަށް ބެހުން މޮޅުއިތުރެވެ. [ކިޔާލުމަށް]

➐ ގާތްތިމާގެ މީހުންނަށް ޒަކާތް ހޭދަކުރުން [ކިޔާލުމަށް]

➑ މިކަމުގެ މައްޗަށް: ފައިދާއެއް [ކިޔާލުމަށް]

➒ ފިޠުރު ޒަކާތް ނެރުމަށް އެންމެ ފަހު ވަޤުތަކީ ކޮބާ؟ [ކިޔާލުމަށް]

➓ ފިޠުރު ޒަކާތް ކިހާ ދުވަހެއް ކުރިން ނެރެވިދާނެ ހެއްޔެވެ؟ [ކިޔާލުމަށް]

⓫ ޚުލާޞާ: ފައިސާއިން ފިޠިރު ޒަކާތް ނެރުން [ކިޔާލުމަށް]

⓬ ޞައްޙަ އާއި ބާޠިލާއި ދެމެދު: އެހެން މީހަކަށްޓަކައި ޒަކާތް ނެރެދިނުން [ކިޔާލުމަށް]

⓭ "ޞާޢު ޘާބިތެވެ. މިންވަރުގައި ޚިލާފެވެ. އަދި އަރައިރުން ވުމީ ޖަހާލަތެވެ." [ކިޔާލުމަށް]


~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

♻️ ❞ ﷲ އީ {ތިން އިލާހުން ތެރެއިން އިލާހެއް} ކަމަށް ބުނާ މީހުންގެ ވާހަކަ، އެއިލާހު ޛިކުރު ކުރައްވަމުން ވަޙީކުރެއްވިއެވެ:

{أَفَلَا يَتُوبُونَ إِلَى ٱللَّهِ}
”ފަހެ، އެއުރެން ﷲ އަށް ތަޥްބާވެ އެކަލާނގެ ޙަޟުރަތަށް ރުޖޫޢަ ނުވާނެ ބާވައެވެ؟“

އެގޮތުން {ﷲ އީ ތިން އިލާހުން ތެރެއިން އިލާހެކޭ} ބުނާޙާލުގައިވެސް، އެއުރެންނަށް،

ތަޥްބާ ވުމުގެ ފުރުސަތު ހުޅުއްވައިދެއްވިއެވެ. ❝ 💙


— ޝެއިޚް ސުލައިމާން އަލްޢަލްވާން
~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

ހިއްވަރުކޮށްލާ...

އަބޫ ހުރައިރާ رضى الله عنه އަރިހުން، ދެޝެއިޚުން ރިވާކުރެއްވިއެވެ:

”ނަބިއްޔު صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ:

«مَنْ قَامَ لَيْلَةَ الْقَدْرِ إِيْمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ»

”އީމާންކަމާއި އެކު، ދަރުމައާއި ޘަވާބަށް އެދި، ލައިލަތުލް ޤަދްރި ވިލޭރޭ ރޭއަޅުކަން އަދާކޮށްފި ކޮންމެ މީހަކަށް، އެމީހެއްގެ އިސްވެދިޔަ އެންމެހައި ފާފަތަކެއް ފުއްސެވިއްޖެއެވެ.“

(އަލްބުޚާރީ އަދި މުސްލިމް)


~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

🌘 ❞ އެހެންކަމުން އަހަރެންގެ އަޚާއެވެ. މިރެޔާއިމެދު ހުށިޔާރުވާށެވެ. އަދި ﷲ އަށްޓަކައި ނިޔަތް ޚާލިޞް ކުރާށެވެ. އަދި ﷲ އަށް ތިބާގެ ނަފްސުގައިވާ އެންމެ ހެޔޮކަން ދައްކާށެވެ. ފަހެ ބަލިކަށިވެއްޖެ ނޫނީ ކުޅަދާނަނުވެއްޖެ މީހާ ދަންނައެ، ބައެއް ސަލަފުން ⁽¹⁾ ވިދާޅުވެތެވެ: ”ޢިޝާ ނަމާދާއި ފަތިސް ނަމާދު ޖަމާޢަތުގައި ކޮށްފި މީހާ، ފަހެ އޭނާއަށްވާ ލައިލަތުލް ޤަދުރީގެ މިންވަރު ހޯދައިގަނެފިއެވެ.“

— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން

~ ގަލަންދާނު

------------
[1] އިތުރު މައުލޫމާތު، އިސްލާމް ސުވާލާއިޖަވާބު 366135

Читать полностью…

Galandān ގަލަންދާނު

⭐️ ❝ One of the best and easiest deeds is dhikr, especially during the night of Ramaḍān, due to its ease. If it coincides with Laylat al-Qadr, it will be multiplied tens of thousands of times.

The best dhikr is the Kalima of Tawḥīd, and the best form of it is:

«لَا إِلٰهَ إِلَّا اللَّهُ وَحْدَهُ ، لَا شَرِيكَ لَهُ ، لَهُ الْمُلْكُ ، وَلَهُ الْحَمْدُ ، وَهُوَ عَلَى كُلِّ شَيْءٍ قَدِيْر»

And in the two books of Ṣaḥīḥ, on the authority of the Prophet ﷺ that whoever says it 100 times, it will be equal to the reward of freeing ten slaves.

And if the servant reads it every night during the last ten days of Ramaḍān, and it coincided with Laylat al-Qadr, and we were to take the advantage of Laylat al-Qadr being multiplied in reward, it would be as if he had freed more than 300,000 slaves, add to it that freeing a single slave is an emancipation from the hellfire, as in the two books of Ṣaḥīḥ, the Messenger of Allah ﷺ, said {He who sets free a Muslim slave, Allah will deliver from the fire of Hell every limb of his body in return for every limb of the slave's body}

It is an amazing virtue and people's heedlessness of such work on these nights is shocking. ❞


— ʿAbdul ʿAzīz Al-Ṭārīfī (text)
~ Galandān

Читать полностью…

Galandān ގަލަންދާނު

♻️ސުވާލު: ވިތުރި ކުރުން މޮޅުއިތުރީ، އެހެންޏާ ޖަމާޢަތާއި އެކު މިސްކިތުގައިތޯ ނޫނީ ގޭގައިތޯއެވެ؟

”ތަރާވީޚު ކުރުން މޮޅުއިތުރީ ވިތުރިއާއި އެކުގައެވެ. ސަލަފުންގެ ޒަމާނުގައި އޮތްގޮތަކީ މިއެވެ. އަދި ގިޔާމަކީ މިއެވެ. އެއީ އިމާމު މީހާއާއި އެކު ނަމާާދުކުރުމެވެ: ނަބިއްޔު ﷺ މި ޙަދީޘްފުޅު މައްޗަށެވެ: «مَنْ قَامَ مَعَ الإِمَامِ حَتَّى يَنْصَرِفَ كُتِبَ لَهُ قِيَامُ لَيْلَةٍ» {އިމާމު ނިމެންދެން އޭނާއާ އެކުގައި ޤިޔާމުގައި (އެބަހީ: ތަރާވީޙުގައި) ބައިވެރިވެއްޖެ މީހަކަށް، މުޅިރޭ ޤިޔާމުކުރިކަމަށް ލިޔެވޭނެއެވެ.}

ރިވާ ކުރެއްވީ ވަރުގަދަ ސަނަދަކުން އަބޫ ދާވޫދެވެ.

ގިނަބަޔަކު މިޙަދީޘާއިމެދު ގެންނަ މައްސަލައެއް ވެއެވެ: ބުނެއެވެ: «އިމާމު ނިމެންދެން އޭނާއާ އެކުގައި ޤިޔާމުގައި ބައިވެރިވެއްޖެ މީހަކަށް، މުޅިރޭ ޤިޔާމުކުރިކަމަށް ލިޔެވޭނެ» ކަމަށް ޙަދީޘް ކުރެއްވި ހިނދު، ނަބިއްޔު ﷺ މުސްލިމު ތަކުންނާއިއެކު މިނަމާފު ނޫނީ ޤިޔާމު ނުކުރައްވައެވެ!؟

މިއަށް އޮތް ޖަވާބުވަނީ އަންނަނިވި ދެގޮތުން ކުރެ އެއްގޮތެއްގައެވެ:

ފުރަތަމަ ގޮތަކީ: ނަބިއްޔު ﷺ އަށް ވަނީ ޣައިބުގެ ތެރެއިން ބައެއް ކަންކަމުގެ ޚަބަރުތައް ދެއްވިފައެވެ. އަދި ﷲ އެކަލޭގެފާނަށް ދެއްވި ޢިލްމުން، އެކަލޭގެފާނަށްފަހު މީސްތަކުން މިނަމާދު ކުރާނޭ ކަން އެކަލޭގެފާނަށް އެނގިވަޑައިގެން ވުމެވެ. ވީމާ، އިމާމު ނިމެންދެން އޭނާއާ އެކުގައި ޤިޔާމުގައި ބައިވެރިވެއްޖެ މީހަކަށް، މުޅިރޭ ޤިޔާމުކުރިކަމަށް ލިޔެވޭނޭ ކަމެވެ.

ދެވަނަ ޤަޥްލަކީ — އަދި ބޮޑަށް ހެޔޮވެގެންވަނީ މި ޤަޥްލެވެ — އެއީ ނަބިއްޔު ﷺ އެއްރޭ މުސްލިމުތަކުންނާއި އެކު (ތަރާވީޙް) ނަމާދު ކުރެއްވި ކަމެވެ. އަދި ދެވަނަ ރެއެއްވެސް މުސްލިމުތަކުންނާއި އެކު އެނަމާދު ކުރެއްވިކަމެވެ. އަދި މާނަވެވެނީ އެކަލޭގެފާނު ނަމާދު މިކުރެއްވި ވަޤުތުގައި މިހެން ޙަދީޘް ކުރެއްވުމެވެ: {އިމާމު ނިމެންދެން އޭނާއާ އެކުގައި ޤިޔާމުގައި ބައިވެރިވެއްޖެ މީހަކަށް، މުޅިރޭ ޤިޔާމުކުރިކަމަށް ލިޔެވޭނެއޭ އެވެ.}

ކޮންމެ ގޮތެއްވިޔަސް، މިޙަދީޘް ޘާބިތެވެ. އަދި މޮޅު އިތުރީ އިމާމު މީހާއާއި އެކު (ޖަމާޢަތުގައި) ކުރުމެވެ.

އަދި އިމާމު މީހާ ސަލާމް ދޭނަމަ އޭނާ އާއި އެކު ސަލާމް ދިނުން މޮޅު އިތުރެވެ. އެއީ (ވިތުރިން) ސަލާމް ދިނުމުން (އަމިއްލަޔަށް) އިތުރު ރަކުޢަތެއް ކޮށް، ދެއަދަދުގެ ނަމާދަކަށް ހަދައި އެއަށްފަހު ރޭގަނޑު ފަހުބައިގައި ވިތުރިކުރުމަށްވުރެއެވެ. އަދި (އިމާމް އާއި އެކު ވިތުރި ނިންމުމަށްފަހު) ދަންވަރު ތެދުވެ ނަމާދު ކުރާނަމަ، ދެއަދަދުން ދެއަދަދުން ވާ ގޮތަށް ކުރާނީއެވެ.

ℹ️ ދެންފަހެ އިމާމް މީހާ ސަލާމް ދީފިނަމަ ވަކިން ތެދުވެ އެއް ރަކުޢަތް އެއަށް އެއްކޮށް ރޭގަނޑުގެ ފަހުބައިގައި ވިތުރިކުރުމާއި މެދު، ދަންނައެ: މިއީ އިމާމު މީހާ އާއި ޚިލާފު ވުމުގެ ސިފައެއް އެކުލެވޭ ކަމެކެވެ. ވީމާ މޮޅު އިތުރީ އިމާމް މީހާ އާއި އެކު ސަލާމްދީ އަދި (ދަންވަރު) ތެދުވާނަމަ ދެއަދަދުން ދެއަދަދަށް ވާ ގޮތަށް ނަމާދު ކުރުމެވެ.

⚠️އެހެނަސް އިމާމް މީހާ އާއި އެކު ނަމާދުކޮށް ވިތުރީގެ (ފަހުރަކުޢަތަށް އަމިއްލަޔަށް އެކަތި އިތުރުކުރާ މީހާ) ، ފަހެ އޭނާގެ ނަމާދު ވެސް ޞައްޙަ އެވެ. މިއީ ޞަޙާބީން ކުރެ އަދި ތާބިޢީންނާއި އިމާމުން ކުރެ ބައިގަނޑެއްގެ ބަސްފުޅެވެ.

އެހެނަސް ފުރަތަމަ ބުނެވުނު ޞިފަ (އެބަހީ: އިމާމު އާއި އެކު ވިތުރިކޮށް ނިންމައި، ދެން ފަހުން ކުރާނަނަމަ ވިތުރިއެއް ނުކޮށް ދެރަކުޢަތުން ނަމާދު ކުރުން) މިއީ މޮޅުއިތުރު ގޮތެވެ. (އަދި އަބޫ ބަކްރުއް ޞިއްދީޤު އަރިހުން މިގޮތަށް ޢަމަލުކުރައްވާ ކަން ވާރިދުވެފައިވެއެވެ. އެއީ އަވަހާރަލެއްޕެވުމުގެ ކުރިން ވިތުރި ކުރައްވާކަމެވެ. ދެން ދަންވަރު ތެދުވެވަޑައިގަންނަވައިފި ހިނދު، ދެރަކުޢަތުން ދެރަކުޢަތުން ނަމާދު ކުރައްވައޭއެވެ. އަދި މިއީ އިމާމް އަޙްމަދު ޢަމަލު ކުރެއްވި ގޮތެވެ. އެކަލޭގެފާނު އިމާމު މީހާ ނިމުމާއި ހަމަ އަށް ޖަމާޢަތުގައި ހުންނަވައި ވިތުރި ކުރައްވައެވެ. ދެން ދަންވަރު ދެރަކުޢަތުން ނަމާދު ކުރައްވައެވެ. އަލްމުޣްނީގައި މިވާހަކަ ޛިކުރުކުރެވިފައިވެއެވެ.)

މީހަކު ބުނެފާނެއެވެ: ވިތުރިއަށްފަހު ދެރަކުޢަތުން ނަމާދު ކުރުން ހުއްދަ ހެއްޔެވެ؟ ޖަވާބަކީ، އާއެކެވެ. އެއީ އިމާމް މުސްލިމް ގެ ޞަޙީޙު ގައި އައިސްފައިވާ ރިވާޔަތުގެ މައްޗަށެވެ. އެއީ ނަބިއްޔު ﷺ ނުވަ ރަކުޢަތް ކުރައްވައި ވިތުރިއަށްފަހު، ދެން ދެރަކުޢަތް (ނަމާދެއް) ކުރެއްވި ކަމެވެ. އެހެންކަމުން މިއީ ވިތުރިއަށްފަހު ދެއަދަދުން ނަމާދު ކުރުމުގެ މައްޗަށް ހުއްދައެކެވެ.

ℹ️ދެންފަހެ ނަބިއްޔު ﷺ ގެ ޙަދީޘް «اجعَلُوا آخر صلاتكم بالليل وترًا» (ތިޔަބައިމީހުންގެ ރޭގަނޑުގެ އެންމެ ފަހު ނަމާދަކަށް ވިތުރި ހަދާށެވެ.) މިޙަދީޘް އައުންވަނީ މުސްތަޙައްބު ވެގެންވާ ގޮތުގެ ބާބުގެ ދަށުންނެވެ. އަދި ވާޖިބު ވުމުގެ ދަށުންނެއް ނޫނެވެ.“


— ޝައިޚް ސުލައިމާން އަލްޢަލްވާން (މަޞްދަރު)

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

🌘 Some Rulings Concerning A Muʿtakif

❝ On the authority of ʿĀishah (the wife of the Prophet) , she said: “Allah's Messenger (ﷺ) used to let his head in (the house) while he was in the mosque and I would {comb and oil his hair.} ⁽¹⁾ When in iʿtikāf he used not to enter the house, except for a need.” — Agreed upon ḥadīth.

There are a number of benefits derived from this ḥadīth, including:

🔊 The first benefit: It is permissible for the person who is in iʿtikāf to move out a part of his body, and that this does not affect the i'tikaf, as it says (in the wording of Al-Bukhārī) “The Messenger of Allah (ﷺ) used to put his head into (the window of my house) while he was in the mosque (performing I'tikaf)”

Some jurists have taken from this that whoever swears an oath not to enter the house of so-and-so and enters part of his body (a limb etc), he is not breaking his oath.

🔊 The second benefit: The permissibility for the person who is in iʿtikāf to engage in cleaning of his hair, and that this action does not contradict the commitment to iʿtikāf, as cleanliness is required, even if the person is a muʿtakif (one who is observing iʿtikāf).

🔊 The third benefit: It is permissible for the person who is in iʿtikāf to speak to his family in order to meet his needs and achieve his interests or other than these from general and individual affairs.

🔊 The fourth benefit: It is permissible to single out some wives for such an act, as ʿĀishah, رَضِيَ ٱللَّٰهُ عَنْهَا, was singled out for Al-Tarjīl, knowing that the separation for iʿtikāf has been discontinued. Therefore, whoever has more than one wife and observed that iʿtikāf and is in need of something, he has the right to single out one of the wives as he pleases.

🔊 The fifth benefit: The person in iʿtikāf does not go out except for what is necessary. It was stated on of the narrations: {..he did not enter the house but for the natural calls} (لحاجة الإنسان) meaning defecation and urination and attached to these definitions are a person necessities.❞


— Shaykh Al-Muḥaddith Sulaymān Al-ʿAlwān (text)

~ Galandān


---------------------
[1] Ibnul Athīr said: “Al-Tarajjul and Al-Tarjīl , it is combing the hair, and cleaning it and beautifying it...” —Gharīb Al-Ḥadīth (2/494)

Читать полностью…

Galandān ގަލަންދާނު

🔴ނޯޓް: ހަތަރު އިމާމުންނާއި ޖުމްހޫރު ޢިލްމުވެރިން ދެކިލައްވާގޮތުން، ރޯދަމަހުގެ ފަހުދިހައަށް އިއުތިކާފުވުމަށް އެދޭ މީހާ އަށް ވަނީ، ވިހި ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން (21 ވިލޭރޭގެ ކުރިން) މިސްކިތަށް ވަނުމެވެ.

Читать полностью…

Galandān ގަލަންދާނު

🔴
مادمنا مع بعضنا
އަހަރެމެން އެކުގައިވާހާ ހިނދަކު
دامت مساعيد
އުފާވެރިކަން ދެމިއޮންނާނެތެވެ.

...

حبل الود يجمعنا
ލޯބީގެ ވާފަށްތަކުން އަހަރެމެން ޖަމަޢުވެއެވެ.
في عيد السعادة
...މިއުފާވެރިކަމުގެ ޢީދުގައެވެ!


~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

#العيد_الفطر
تكبيرات العيد

Читать полностью…

Galandān ގަލަންދާނު

📎 ފިޠުރު ޢީދު ނަމާދުގެ ބައެއް އަޙްކާމު

• ބައެއް މީހުން ހީވެފައިވަނީ، ޢީދު ނަމާދަކީ ސުންނަތެއް ކަމެވެ. އެފަދައިން (ޢިލްމުވެރިން ފުށުން) ބައެއް ބަސްތައް އައިސްފައިވެސް ވެއެވެ . އެހެނަސް ޞައްޙެވެގެންވަނީ އެއީ ފަރުޟެއް ކަމުގައި ވުމެވެ. އަދިކިއެއްތަ؟ ނަމާދުތަކުގެ ތެރެއިން އެއްވެސް ނަމާދަކަށް އަންހެންވެރިން ޙާޟިރުވުމަށް އޮތް އަމުރު، ޢީދު ނަމާދަށް އައިސްފައިވާ ފަދަ ކަށަވަރުކަމާއި އެކު އައިސްފައި ނުވެއެވެ.

• ޢީދު ދުވަހު ކަދުރު ކެއުން ސުންނަތް ވެގެން ވެއެވެ. އެއީ އޮނަހިރި އަދަދަކަށެވެ. އަދި ޢީދު ނަމާދަށް ދިއުމުގެ ކުރީންނެވެ.

• ޢީދު ދުވަހުގެ ޚުޠުބާ އިއްވެނީ ނަމާދަށް ފަހުގައެވެ. މިއީ ޚުޠުބާ އޭގެ ކުރިޔަށް ކިޔޭ ހުކުރު ނަމާދާއި ޚިލާފަށެވެ.

• ސުންނަތް ވެގެންވަނީ ޢީދު ނަމާދުގެ ފުރަތަމަ ރަކުޢަތުގައި — ހަށަންބަން ތަކުބީރު ހިމެނޭހެން — މުޅިއަކު ހަތް ތަކުބީރު ކިޔުމެވެ. އަދި ދެވަނަ ރަކުޢަތުގައި (ކޮޅަށް ތެދުވުމަށް ފަހު) ފަސް ތަކުބީރު ކިޔުމެވެ.

އައުލާކަން ބޮޑުވެގެން ވަނީ، ޢީދު ޚުޠުބާ އަޑު އެހުމެވެ. ދެންފަހެ، ނަބިއްޔު ﷺ ޚުޠުބާ އަޑުއެހުމާއި މެދު ތަނަވަސްކަން ދެއްވިކަމަށް އައިސްފައިވާ ޢަބްދު ﷲ ބުނުއް ސާއިބުގެ ޙަދީޘާއިމެދު ދަންނައެ، އެޙަދީޘް ޞައްޙައެއް ނޫނެވެ. ❝


— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

ޢީދު މަރައި ނުލާށެވެ!

ހިތްދަތި މަދަހަ ތަކާއި ޢިބާރާތްތަކުން ޢީދުގެ އުފާވެރިކަން މަރައި ނުލާށެވެ. އަދި ހިތާމަވެރިކަން ގެނުވާ ޙާލަތްތަކަށް ގޮވުމުންވެސް މެއެވެ. އެހެނީ މި މާތްވެގެންވާ ޢީދުގައި އުފާ ފާޅުކޮށް ހިތްއުފާ ކުރުމަކީ ދީނުގެ ތެރެއިން ވާ ކަމެކެވެ.

ފަހެ ރަސޫލު ﷲ ﷺ ވީ މީސްތަކުންގެ ތެރެއިން އެބޭކަލަކަށް، އެބޭކަލެއްގެ އަހުލުންނާއި އަޞްޙާބުންނާއި އުއްމަތް އެންމެ ބޮޑަށް އިމްތިޙާނު ކުރެވުނު ބޭކަލަށެވެ. އަދި މިއާއި އެކުވެސް، ޢީދު ދުވަހު އެކަލޭގެފާނު އުޖާލާ ކަމާއި އުފާވެރިކަން ފާޅުކުރައްވައެވެ.

އަދި އެންމެ ހައިރާން ކުރުވަނިވި އެއްކަމަކީ، ބައެއް މީހުން ﷲ އެއަކަށް އަމުރެއް ދެއްވާފައިނުވާ މުސްލިމުން ނޫން މީހުންގެ މުނާސަބާތަކުގައި އުފާވެރިކަން ފާޅުކުރާކަމެވެ. ނުވަތަ ޢާއިލީ އަދި މިޒާތުގެ އުއްމަތާއި ނުގުޅޭ ކަންކަމުގައި އެބައިމީހުންގެ ރޫހުގެ ތާޒާކަން ދައްކައެވެ. އެހެނަސް އިސްލާމީ ޝަރީޢަތް އެއަކަށް ގޮވާލާ މުސްލިމުންގެ ޢީދެއް އައުމާއި އެކު، އެވެރިން މޯޅިވެއެވެ. އަދި މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކާއި އާފާތްތަކާއި ހިތާމަތަށް ހަނދުމަކުރާން ފަށައެވެ.

ولا حول ولا قوة إلا باللّٰه.


— އައްތަޛްކިރާ


~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

🔴ދިވެހިރާއްޖޭއައި، ޤަޠަރާއި، ސަޢޫދީ އާއި، ބަހުރައިނާއި، އިމާރާތާއި، ކުވޭތާއި، ޔަމަނާއި، ސޫދާނާއި، ފަަލަސްތީނާއި ލުބުނާނާއި، މިޞްރާއި، ތޫނިސް އާއި ޖަޒާއިރާއި، އަފްޣާނިސްތާނާއި، ސީރިޔާ އަދި ޢިރާޤާއި އެފްރިކާ ބައްރުގެ މިނިވަން އިސްލާމީ މަންޠިޤާ ތަކަށްވެސް ޝައްވާލުމަހުގެ ހަނދު ނުފެނުމާއި ގުޅިގެން ވަނީ ރޯދަމަހުގެ 30 ދުވަސް ހަމަކޮށް ، ބުދަދުވަހަކީ ބަރަކާތްތެރި ފިޠުރު ޢީދު ދުވަސް ކަމުގައި އިޢުލާންކޮށް ފައެވެ.

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

🗒❝ And the Salaf said: “the neighbour of the money has more right to its Zakaat”. And they disliked transferring the Zakaat to the country where the ruler resides or elsewhere, so that all areas are sufficed with what they have of Zakaat. ...However, it is permissible to transfer the Zakaat and what takes its ruling, for a legislative benefit. ❞ — Shaykhul Islam ibn Taymiyyah (Al-Fatāwā Al-Kubrā 5/370). ~ Galandān

Читать полностью…

Galandān ގަލަންދާނު

⚠️ސުވާލު : ޤުރުއާން ޚަތިމް ކުރުމުގެ ދުޢާ ގެ ޙުކުމަކީ ކޮބައިތޯއެވެ؟

ޖަވާބު : ނަމާދުގައި ޤުރުއާން ޚަތިމް ވުމުގެ ދުޢާ ކިޔުން ނަބިއްޔު ﷺ އަރިހުން ފޯރާފައި ނުވެއެވެ. އަދި އަޞްޙާބު ބޭކަލުން ތެރެއިން އެއްވެސް ބޭކަލެއްގެ އަރިހުންވެސްމެއެވެ. އަދި ފަހެ އަޅުކަންތަކަކީ (توقيفية) ތަޥްޤީފިއްޔާ ތަކެއްޗެވެ. (އެބަހީ އަޅުކަން ޝަރުޢުވުން ވަނީ ހަމައެކަނި ޤުރުއާނާއި ސުންނަތުން ޘާބިތުވުމުންނެވެ.) އަދި ދީނަށް އައުކަންތައް ގެނައުމަކީ ޙަރާމް ވެގެންވާ ކަމެކެވެ. އަދި ޤުރުއާނުން ވާރިދުވެފައިނުވާ، ސުންނަތުން ޘާބިތުވެފައި ނުވާ، އިޖްމާޢެއް އަދި ޞައްޙަ ޤިޔާސަކުން އެ ޝަރުޢުވާކަމަށް ދަލީލުނެތް އަޅުކަމަކުން ﷲ އަށް އަޅުވެތިވާ މީހާ، އޭނާ އެވަނީ ދީނުގައި ބިދުޢަ ހަދައި އޭގައި ނުހިމެނޭ ކަމެއް ގެނެސްގަނެފައެވެ. އަދި ނަބިއްޔު ﷺ މިޙަދީޘް ފުޅުގައިވާ ގޮތުގެ މަތީން އޭނާގެ އެޢަމަލު ވަނީ (ޤަބޫލު ނުވެވި) ރައްދުކުރެވިގެންނެވެ: (من أحدث في أمرنا هذا ماليس منه فهو رد) ”އަހަރެމެންގެ މިކަމުގައި އޭގައި ނުވާ އެއްޗެއް ގެނެސްފި މީހެއް ފުށުން އެކަންތައް ވަނީ (ޤަބޫލުނުވެވި) ރައްދުވެވިގެނެނެވެ.“ މިއީ ޢާއިޝާ ގެ ޙަދީޘް ތަކުން متفق عليه ޙަދީޘެކެވެ. (އެބަހީ: އަލްބުޚާރީ އާއި މުސްލިމް)

ދެންފަހެ ނަމާދުން ބޭރުގައި ޤުރުޢާން ޚަތިމުވުމުގެ ދުޢާ، މިކަން ވަނީ އަނަސް އަރިހުން ފޯރާފައެވެ. އަދި އެކަލޭގެފާނުގެ އަރިހުން ޘާބިތެވެ. ރިވާކުރެއްވީ އައްދާރިމީ އާއި އެނޫން ބޭކަލުންނެވެ. އަދި އެކަލޭގެފާނު ނޫން އެހެން އަޞްޙާބު ބޭކަލެއްގެ އަރިހުން އެކަން ޞައްޙަވެފައި ނުވެއެވެ. ❝


— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން (فوائد منتقاة)

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

#KaiveneegeFiguhu (7)

🔴ދެމަފިރިން ދެމެދު ފޯނުން ލޯބީގެ ގުޅުން ހިންގުމުގެ ޙުކުމުގެ މައްޗަށްވާ ޚުލާސާ

”ދެމަފިރިން ފޯނުން ނުވަތަ އިންޓަރނެޓު މެދުވެރިކޮށް ވާހަކަ ދެއްކުމުގައި މައްސަލައެއް ނުވެއެވެ. މައްސަލަ ކުރިމަތި ވަނީ އިންޓަރނެޓާއި ކެމެރާ ކުރިމަތީ ޢައުރަ ކަޝްފުކުރުމުގައެވެ. ދަންނައެ، މިކަމުގެ ސަބަބުން ތަރުތީބުވެގެންދާ ފަސާދަތަކުގެ މައްޗަށް، މިކަން ޙަރާމް ވެގެން ވެއެވެ.“ ⁽¹⁾

އަހަރެން ބުނަމެވެ: އަދި މީގެން ގިނަ ކަންކަން ކަނޑައެޅެނީ، سد الذريعة ގެ ދަށުންނެވެ. އެއީ ފަސާދައާއި ފާފައަށް ހުޅުވޭ ދޮރު ބަންދު ކުރުމުގެ ދަށުން ކަންކަން ނަހީވެގެންނަ އުޞޫލެވެ. އަދި މި މައްސަލާގައި ޢިލްމުވެރިން ބަޔާން ކުރައްވާފައިވާ މިފަދަ ބައެއް ކަންކަމުގެ ތެރޭގައި ވަނީ:

1. ތަސްވީރަކީ ޢިލްމު ވެރިން މެދުގައި ޚިލާފުވެފައިވާ އެއްޗަކަށް ވެފައި އެ ހުއްދަ ކުރެއްވި ބޭފުޅުން ތެރެއިން ބޮޑުބަޔެއް އެކަން ލާޒިމުކުރެއްވީ ޒަރޫރީ ބޭނުން ތަކަށް ކަމުގައި ވުން.
2. މީގެ ދަށުން، މުޅި އަންހެނާ އަކީ އަޥްރަ ކަމުގައި ވެފައި، އެކަން ހުއްދަ ކުރެއްވި ޢިލްމިވެރިން އަންހެނާގެ ފޮޓޯ ނެގުން ނަހީ ކުރެއްވުން.
3. ތިންވަނަ ފަރާތަކަށް ފޮރުވިފައި ނުވުން، އެއީ:
އެހެންޏާ އެވަޞީލަތް ވަގަށް ނެގުމުން، ނޫނީ ހެކް ކުރުމުން، ނޫނީ އޮޅިގެން ނެޓަށް ލެވުމުން، ނޫނީ ކައިރީގައި ހުރި ފަރާތަކަށް ފެނުން، ނޫނީ އެފޯނު ފަދަ އާލަތް ވަޤުތީގޮތުން ބޭނުން ކޮށްލަން ދެވޭ ނޫނީ ނަގާ މީހެއް ނޫނީ ދަރިއަކަށް ވިޔަސް އެފެނުން ނޫނީ ޝާއިޢު ކުރެވުން.

ޙަދީޘެއްގައި ވެއެވެ: أَيُّمَا امْرَأَةٍ وَضَعَتْ ثِيَابَهَا فِي غَيْرِ بَيْتِ زَوْجِهَا فَقَدْ هَتَكَتْ سِتْرَ مَا بَيْنَهَا وَبَيْنَ اللَّهِ
”އޭނާގެ ފިރިމީހާގެ ގޭގައި ނޫން ތަނެއްގައި އޭނާގެ ހެދުން ބާލައިފި އަންހެނާ، ފަހެ ﷲ އާއި އޭނާ އާއި ދެމެދުގައިވާ ފަރުދާ އިރާލައިފިއެވެ.“ އަލްމަނާވީ ވިދާޅުވިއެވެ: ”(ފިރިމީހާގެ ގޭގައި ނޫން ތަނެއްގައި) އެބަހީ، ޣައިރު މަޙުރަމުންނަށް ފެނުމާއި އެވެރިންނަށް ފޮރުވިގެން ނުވުމެވެ.“

4. ދެމަފިރިން ކުރެ އެކަކު ޚިޔާނާތް ތެރިވުމަކީ، މުސްތަޙީލުކަމަކަށް ނުވުން
5. ވަރި ވުމާއި އެކު އެތަކެތި ހިލޭ މީހެއްގެ އަތްމަތީގައި ހުރިއެއްޗަކަށް ވެދާތީ
6. އަމިއްލަޔަށް އެދުން ފުއްދުން އޭގެ ޒާތުގައި ޙަރާމް ވުމުގެ މައްޗަށް ވާ ޢިލްމިވެރިންގެ ފަތުވާގެ މަތިން، މިފަދަ ފޯނުކޯލެއް ނޫނީ މުވާޞަލާތެއް އޮތަސް އަމިއްލަ ނަފްސަށް އެކަން ކުރުމުގެ ނަހީ ދެމިއޮތުން.
7. ދެމަފިރިންނަކީ އެކަކު އަނެކަކުގެ "ފަރުދާ" އެއް ކަމަށް ވެފައި، މިކަމުން އެފަރުދާ ކެހުމަށް މަގުފަހިވުން. ﷲ ވަޙީ ކުރެއްވީ:
﴿هُنَّ لِبَاسٌ لَّكُمْ وَأَنتُمْ لِبَاسٌ لَّهُنَّ (البقرة:187) ”އަދި އެކަނބަލުންނަކީ ކަލޭމެން ފިރިހެނުންނަށްވާ ލިބާހެކެވެ. އަދި ކަލޭމެންނަކީ އެކަނބަލުންނަށްވާ ލިބާހެކެވެ.“ ބަކުރުބޭ ވިދާޅުވިއެވެ: ”ދެމީހުންކުރެ ކޮންމެމީހަކީ އެކަކު އަނެކަކުގެ ސިއްރުތައް ނިވައިކުރާންވާނެ މީހެކެވެ.“ އަލްޤުރުޠުބީ ވިދާޅުވިއެވެ: ”ބުނެވެއެވެ: އެހެނީ އެއިން ކޮންމެ މީހަކީ އަނެކާއަށް ފަރުދާއަކަށްވާތީއެވެ. އެއީ އެދެވެރިން ދެމެދުގައި ޖިމާޢު ވުމުގައިވާ ކަންތައްތައް، މީސްތަކުންގެ ފެނުމުން ފަރުދާކޮށްދޭ ދިނުމެވެ.“

ނޯޓް: އަދި މިކަމުގައި ޢިލްމުވެރިން ހަރުކަށި ކުރައްވާފައިވަނީ ފޮޓޯ އާއި ވީޑިއޯގެ ބާބެވެ. އަދި ދެމަފިރިން ދެމެދުގައި ޖިންސީ ވާހަކަ ދެއްކުމުގެ ބާބުގައި، ލުއި ވެއެވެ. ޝަރުޠުތަކާއި އެކުގައެވެ. (ބެލުމަށް: އިސްލާމް-ސުވާލާއިޖަވާބު ފަތުވާ 4897 ، 9099 ، 108872 އަދި އިސްލާމްވެބް ފަތުވާ 81689 )

~ ގަލަންދާނު


----------------------
[1] ފަތުވާ އިސްލާމް އޮންލައިން (މިލިޔުން). އަދި އޭގެ ނިމުމައި ވެއެވެ: ”މިކަމުގެ ޚުލާޞާ އަކީ: އިންޓަރނެޓަށް ދެވޭ ޙުކުމަކީ މީހުން ގިނަ މަގުތަކާއި ގޯޅިތަކުގެ ޙުކުމެވެ. އެމަގުތަކުގައި ހުއްދަ އެއްޗެއް އިންޓަރނެޓް ގައި ހުއްދައެވެ. އަދި އޭގައި ޙަރާމް އެއްޗެއް އިންޓަރނެޓް ގައި އެއަށްވުރެ ބޮޑަށް ޙަރާމެވެ. އަދި އިންޓަރނެޓް ހެކް ކުރެވޭ ކަމުގެ މައްޗަށް އަހަރެމެން އަނެއްކާވެސް ހޭވެރިކުރުވަމެވެ. އޭ މުސްލިމުންނޭވެ. އެއީ ފަހުން ކަރުނަ ނޭޅުމަށްޓަކައެވެ. ކަރުނައަޅައިގެން އޭރުން މަންފާޢެއް ކުރާނެ ނަމައޭއެވެ!“
[🔗] މިކަމުގެ މައްޗަށް ހުރި އިތުރު ފަތުވާތައް: އިސްލާމް ސުވާލާއިޖަވާބު (97495 Eng) އަދި އިސްލާމް ވެބް (116122 Eng) (111879) އަދި (121845) އަދި (133631)

Читать полностью…

Galandān ގަލަންދާނު

⚪️އައްނަވަވީ رحمه اللهވިދާޅުވިއެވެ: ❞ ބައެއް ސަލަފުން އެބޭފުޅެއްގެ ނަފްސަށް ދުޢާއެއް ކުރައްވާނަމަ، އެބޭކަލެއްގެ މުސްލިމު އަޚާއަށްވެސް އެދުޢާއިން ދުޢާ ކުރައްވައެވެ. އެހެނީ އެ އިޖާބަވެ، އެއަޚަށްވެސް ހަމައެފަދައިން އެ ޙާޞިލު ވުމަށްޓަކައެވެ.❝

— شرح النووي على مسلم (٤٩/١٧)
~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

🌘 Concerning The One Who Is Present At ʿIshāʾ on Laylat al-Qadr

❝ Whoever is unable to pray qiyām in the last ten nights with a clear excuse, and prays ʿIshāʾ and Fajr in congregation, shall receive the reward of praying qiyām in the last ten and attain Laylat-ul-Qadr. This is authentically attributable to Ibn al-Musayyab and others, and the blessings of Allah reach far and wide.❞ —Al-Ṭārīfī


Benefit:

ʿUthmān bin ʿAffān رَضِيَ ٱللَّٰهُ عَنْهُ reported:

I heard the Messenger of Allah (ﷺ) saying: “One who performs ʿIshāʾ prayer in congregation, is as if he has performed prayer for half of the night. And one who performs the Fajr prayer in congregation, is as if he has performed prayer the whole night.”

And Mālik narrated in Al-Muwaṭṭaʾ from Saʿīd ibn al-Musayyab, that he used to say, “Whoever is present at ʿIshāʾ on Laylat al-Qadr has taken his portion from it.”

Ibn ʿAbd al-Barr said: Ibn al-Musayyab’s statement cannot be considered as a personal opinion, and should be taken only as a mawqūf statement (from the companions). Besides, his mursal narrations (where the name of the companion is omitted) are considered amongst the most authentic ones.

Al-Shāfiʿī رَحِمَهُ ٱللَّٰهُ said: “Whoever witnesses the ʿIshāʾ and Fajr prayers of Laylat al-Qadr, he has taken his portion from it.”

Ibn Khuzaymah said in his Ṣaḥīḥ : [Chapter mentioning the statement that the one who attains the ʿIshāʾ prayer in congregation on Laylat al-Qadr is considered as one who attains the reward of Laylat al-Qadr] He then brought a report which is similar to the above.

For a detailed discussion, see (Islamqa 366135)

— Galandān

Читать полностью…

Galandān ގަލަންދާނު

🔗ތަފްޞީލް: ޢާފިޔަތަށް އެދި ދުޢާ ކުރާށެވެ! —ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

«لَا إِلٰهَ إِلَّا اللَّهُ وَحْدَهُ ، لَا شَرِيكَ لَهُ ، لَهُ الْمُلْكُ ، وَلَهُ الْحَمْدُ ، وَهُوَ عَلَى كُلِّ شَيْءٍ قَدِيْر»

Читать полностью…

Galandān ގަލަންދާނު

❣️ ❝ The muʿtakif (i.e. person who is in iʿtikāf) must adhere to his iʿtikāf in order to worship Allah, not like the situation of many people today — you see him fiddling with his cell phone and reading newspages in his iʿtikāf, also gatherings and meetings for visitors are held inside the place of iʿtikāf. What has happened to the mu'takif? This has become a place for visits, where is the benefit of iʿtikāf? It is a necessity for it to be a place for obedience and seclusion from the people, and if a person organizes meetings, he should place them in a place other than it. ❞

— Shaykh Sulaymān Al-ʿAlwān (Quote from Fatāwā Al-Ṣiyām)

~ Galandān

Читать полностью…

Galandān ގަލަންދާނު

🔵ނޯޓް: އަހަރެމެން ކުރިންވެސް ބަޔާން ކޮށްފައިވާނޭ ފަދައިން އިޢުތިކާފުގެ އެންމެ އަސާސީ މިންވަރަކީ އެއްދުވަހެވެ. އަދި އެއަށް ވުރެ މަދުވުމުގައި މަނަލެއް ނެތެވެ. މިގޮތުން އަލްޢަލްވާން ވިދާޅުވިފަދައިން، އެއަށް ވުރެ މަދު ވަގުތުކޮޅަކަށް މިސްކިތުގައި މަޑު ކުރުމަށް ބުނެވެނީ، ރިބާޠެވެ. الله اعلم.

Читать полностью…

Galandān ގަލަންދާނު

♻️Benefit: What is Al-ʿĀfiyah ?

Al-'Āfiyah العَافِيَة is a word with a deep meaning. Henceforth, it means saving (one's)  Deen from fitnah, and also (safety) from the loss of health of the body, in addition to protection of one's ahl and wealth from those calamities too.

What is the difference between seeking 'Afuw (الْعَفْوَ) and seeking 'Āfiyah (العَافِيَة)?

'Afuw (الْعَفْوَ) means waiving and erasion; this is the erasing of the Uqūbah (Punishment/Retaliation) due for the sin.

On the other hand, (المَغْفِرَة) means forgiveness in return for his Thawāb (rewards). Therefore, Maghfirah is an Attribute that is only related to Allāh and not to His slaves. So we cannot refer to anyone else with that which is smiliar to اَسْتَغْفِرُ اللّه (O Allāh, forgive me).

It is said that (الْعَفْوَ) is erasing of the Punishment and that (المَغْفِرَة) is saving one from being exposed and the humiliation/degradation thereafter, as one is only completely freed from the Punishment of Hell when one is saved from the humiliation (that stems from those sins and wrongdoings).

Hence, (الْعَفْوَ) is being rescued from the Bodily Punishment while (المَغْفِرَة) is related to the Spiritual one.

Based on this, (الْعَافِيَةَ) is completely different from the two (الْعَفْوَ and المَغْفِرَة)- it is the well-being of a slave from all ailments and calamities that they face in the dunyā and ākhirah. And the meaning is vast.
[For more details: source]

It is said in a Hadīth reported by at-Tirmithī and Ahmad:

Mu'ādh Ibn Rifā'āh narrated from his father:
Abū Bakr as-Siddīq rose to the minbar and started weeping and said:
Last year, Rasūlullah ﷺ rose to the minbar and wept. Then he said:
«سَلُوا اللَّهَ الْعَفْوَ وَالْعَافِيَةَ فَإِنَّ أَحَدًا لَمْ يُعْطَ بَعْدَ الْيَقِينِ خَيْرًا مِنَ الْعَافِيَةِ»
“Ask Allāh for الْعَفْوَ and الْعَافِيَةَ for indeed after the certainty (of faith), there is nothing that has been given to anyone of you which is better than الْعَافِيَةَ.”

At-Tirmithī said: This chain is Hasan Gharīb. And al-Arnaoot said in the Takhrīj of the Musnad: Its chain is Hasan. (What is most likely is that this is mawqūf as we cited in the previous post.)


~ Galandān

Читать полностью…
Subscribe to a channel