qalandhar | Unsorted

Telegram-канал qalandhar - Galandān ގަލަންދާނު

1843

ޢިލްމު އަދި އެއަށް ލޯބިކުރާ ދަރިވަރުންނަށް Notes by, ibn Fahmī Dīdī عفا الله عنه Friends & family

Subscribe to a channel

Galandān ގަލަންދާނު

[ފޮޓޯ1] ފިރިހެނާގެ އިޙުރާމުގައި، "ފަހާފައި" ހުންނަ ހެދުން ލުމުގެ މާނައާއި އޭގެ ޙުކުމް — ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

📣 ❞ ކާފަރުންގެ އުފެއްދުންތައް ބޮއިކޮޓް ކުރުމުގައި، ވަކިން ޚާއްޞަކޮށް އެވެރިންގެ ތެރެއިން (އަޙުއްދެއްނެތް ހަނގުރާމައިގެ ޙާލަތުގައިވާ) މުޙާރިބުންގެ އުފެއްދުންތައް ބޮއިކޮޓް ކުރުމުގައި، އެވެރިންނަށް އަހުވަދެެއްކުމުގެ ⁽¹⁾ ބާވަތެއް ހިމެނެއެވެ. އަދި އެޢަމަލަކުން ﷲ އާއި ކުއްތަންވެވޭނޭ ⁽²⁾ އަޅުކަމުގެ ޒާތެއްވެސް ހިމެނެއެވެ. އަދި އޭގައި އެވެރިންގެ އިޤްތިޞާދު ބަލިކަށިކޮށްލުން ހިމެނެއެވެ. އަދި އެކަމުގައި އަލްވަލާއު އާއި އަލްބަރާއު ގެ އަޅުވެތިކަން (އެބަހީ: ﷲ އަށްޓަކައި ގުޅުންދަމަހައްޓައި ލޯބިވެ، ﷲ އަށްޓަކައި ގުޅުން ކަނޑައި ނަފުރަތުވުމުގެ އަޅުކަން) ފިޔަވައި އެއްޗެއް އެކުނުލެވުނަސް، (އެއީ ޘަވާބާއި ލާބަ ހުރި ޢަމަލަކަށް ވުމަށް) އެވަރު ފުދެއެވެ. ❝

— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން
(މަސްދަރު: اللقاء المفتوح (ބަސްކޮޅު))

~ ގަލަންދާނު

-----------------------

[1]  އަހުވަދެެއްކުން: (ހ) އުނދަގޫކުރުން (ށ) ރުޅިއެރުވުން (ނ) އަނިޔާގެ ގޮތުން ދަތިކުރުން (ދިވެހި ބަހުގެ ރަދީފު). {إغاظة} : މިއީ ޘަވާބު ލިބެނިވިކަމެއް ގޮތުގައި ތަޥްބާ ސޫރަތުގެ 120 ވަނަ އާޔަތުގައި ވެއެވެ.
[2] ކުއްތަންވުން: އަރިސްވުން

Читать полностью…

Galandān ގަލަންދާނު

③ 
އަދި ރާފިޟީންގެ ޢާންމުން މިކަމުގައި ފަރަޤު ނުވުން، މިއީ ސަޢޫދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ ވެސް ޤަޥްލެވެ. އަދި އެއްފަތުވާ އަށް ވުރެ ގިން ފަތުވާ މިކަން ޞަރީޙަކުރައްވައި އެބޭކަލުން ދެއްވާފައިވެއެވެ. އަދި އޭގައި އައްޝެއިޚް އިބްނު ބާޒާއި، އައްޝެއިޚް ޢަބްދުއްރާޒިޤް ޢަފީފީ އާއި، އައްޝެއިޚް ޢަބްދު ﷲ ބްނު ޣުދައްޔާނާއި އައްޝެއިޚް ޢަބްދު ﷲ ބްނު ޤަޢޫދު ހިމެނިލައްވައެވެ. އަދި މިއީ ޢަބްދު ﷲ ބްނު ޖިބްރީންގެ ވެސް ޤަޥްލެވެ. (ތަފްޞީލީ ފަތުވާތަކަށް ބައްލައްވާ)

އަދި މިއީ ޞާލިޙް އަލްފަޥްޒާން ގެ ޤަޥްލެވެ. އަދި ރާފިޟީންގެ ޙުކުމުގައި ޢާންމުންނާއި ޢިލްމުވެރިންނާއި ފަރަޤުވޭތޯ ސުވާލުވެވުމުން، އެސުވާލާއިމެދު އިންކާރު ކުރައްވައި އެވެރިންވެ ޙުކުމަކީ އެކައްޗެއް ކަމަށް އަދި ޤުރުއާން ފޯރުމުން ޙުއްޖަތް ވަނީ ޤާއިމުވެ ނިމިފައިކަމަށް ވިދާޅުވިއެވެ. އަދި އެވެރިންގެ ޢާންމުންނާއި ޚާއްޞުން ފަރަޤުކުރުމުގެ ބަހުޘްތަކަކީ (އިންކާރުވެވިގެންވާ) ފަލްސަފާވެރި ބަހުޘްތައް ކަމާއި އިރުޖާ ފިކުރު އަދި ޢިލްމީ ފުންނާބުނެތް އަހުލުންގެ ސަބަބުން ފެތުރިފައިވާ އެއްޗެއް ކަމުގައި ވިދާޅުވިއެވެ. (އޯޑިއޯ އަދި އިނގިރޭސި ތަރުޖަމާ )

އަދި މިއީ ޝެއިޚް ޢަބްދު ﷲ އައްސަޢްދުގެ ރައުޔެވެ. އެއީ އެވެރިންނަކީ ޖުމްލަކޮށް މުޝްރިކުން ކަމެވެ. އަދި މިއީ ޝެއިޚް ޢަބްދު ﷲ އަލްޣުނައިމާން ގެ ޤަޥްލެވެ. އަދި ފާޅުވާ އެއްޗަކީ މިއީ އައްޝެއިޚް ނާޞިރް އަލްފަހްދުގެ ޤަޥްލުކަމެވެ. އެގޮތުން ރާފިޟީން ކަތިލާ ތަކެތި ކެއުން ޙަރާމް ކަމަށް ފަތުވާ ދެއްވިއެވެ.

⚠️ އަދި ޢިލްމުވެރިންގެ ތެރެއިން ބައިގަނޑެއް އެވެރިންނަކީ އިސްލާމްކަމެއް ނެތް "އަޞްލު ކާފަރުން" ގޮތުގައިވެސް ކަނޑައެޅުއްވިއެވެ. އަދި މިއީ އިބްނު ބާޒުގެ ރައުޔެވެ. އަދި މިރައުޔުގެ ބޭކަލުން އޭގެ ޢާންމުންނާއި ޢިލްމުވެރިން ފަރަޤު ނުކުރައްވައެވެ.

އަދި ރާޖިޙު ރައުޔަކީ އެވެރިންނަކީ މުރުތައްދުން ކަމެވެ. އަދި މިގޮތުގައި އައްޝެއިޚް އަލްމުޙައްދިޘު ޙަމަދް އަލްޙުމައިދީ ފަތުވާ ދެއްވިއެވެ. އަދި އެފަތުވާ ނިންމަވާލެއްވުމުގައި ވިދާޅުވިއެވެ: ”ވީމާ އެވެރިންގެ ފިރިހެނުންނާއި އަންހެނުންނާއި ޢާންމުންނާއި ޢިލްމުވެރިންނީވެސް މިކަންތަކުގެ މައްޗަށް ކާފަރުންނެވެ...“ (ޢަރަބި ފަތުވާ ، އިނގިރޭސި ތަރުޖަމާ) . އަދި މިއީ ޢިރާޤާއި ޝާމްގެ މުޖާހިދުންގެ ޤަޥްލެވެ. އަދި "މަކްތަބަތުލް ބުޙޫޘި ވައްދިރާސާތި" އިން ނެރުއްވި "ޙުކުމުއް ޝަރީޢަތި ފީ ޠަވާއިފިއް ޝީޢަތި" (ޢަރަބި) ގައި ޝީޢީންނަކީ "އަޞްލީ ކާފަރުން" ކަމުގައި ބުނާ ޤަޥްލަށް ރައްދުދެއްވައިފައި ވެއެވެ. އަދި ދަލީލުތަކަށްފަހު އެދިރާސާގައި ވިދާޅުވެފައި ވެއެވެ: ”ވީމާ މިއީ، އިސްލާމް ދީނުގެ އެތަކެއް އަޞްލުތަކާއި އޭގެ އެތައް ޞިފަތަކެއް ބަދަލުކޮށްފައިވާ ބައިގަނޑުތަކުގެ ތެރެއިން މުރުތައްދު ކަމުގެ ބައިގަނޑެކެވެ.“ (ޞ. 19)

⚠️އަދި (މިފަތުވާގައި) އައްޠަރީފީ ގެ ރައުޔުގެ އަޞްލަކީ ޢާންމުންވީތީ ފަރަޤުކުރުމެއް ނޫނެވެ. އެގޮތުން ޢަރަބީންގެ ތެރެއިން ޝީޢީންގެ ޢާންމު މީހެއް ޢިލްމުވެރިޔެއް ކުފުރުގައި ފަރަޤެއް ނެތް ކަމަށް ވިދާޅުވިއެވެ. އަދި ޢަރަބި ނޭގޭ މީހުންނަށް ޙުއްޖަތް ޤާއިމު ކުރުމުގެ މައްޗަށެވެ. އަދި ހާމަވާ އެއްޗަކީ އައްޠަރީފީ އަކީ އަޞްލުއްދީނުގެ މަސްއަލަތަކުގައި ޢުޛުރެއް ނުވާ ކަމަށް ވިދާޅުވާ ބޭކަލެއް ކަމުން، ޝިރުކާއި ދީނުގެ ޟަރޫރަތުން އެނގޭން ހުރި އަޞްލު ތަކުގައި ޢާންމު މީހަކަށް ޢުޛުރު ނުދެއްވުމެވެ. އެބަހީ ޙުއްޖަތް ޤާއިމުކުރަން ނުޖެހުމެވެ. އަދި މިކަމާއި އެއްގޮތްވެގެންވަނީ އިހުބަޔާންވެވުނު އިބްނު ތައިމިއްޔާގެ ބަހުގެ މައްޗަށް ޢިލްމުވެރިން ގެންނެވި ތަފްޞީލުގެ ކަންތަކާއި އެވެ. އަދި އައްޠަރީފީ ވިދާޅުވިކަމުގައި ވެއެވެ: ”އިހުގެ ޝީޢީ އަށް މިހާރުގެ ރާފިޟީން ފެނިއްޖެނަމަ، އެވެރިން ކާފަރުކުރީހެވެ.“ —الله أعلم.


~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

މިޒަމާނުގެ ރާފިޟީ ޝީޢީންގެ ޢާންމުންނަށް ތަކްފީރުކުރުމުގައި ޙުއްޖަތް ޤާއިމުކުރުމީ ޝަރުޠެއްތޯ؟


❞ އަހަރެމެންގެ މިޒަމާނުގައި މިއޮތް "ޝީޢީން" ނަށް އިބްނު ތައިމިއްޔާ އާއި އޭގެ ކުރީގެ ޢިލްމުވެރިންގެ ބަސްތައް ގެނެސްފި މީހެއް އެކަންތައް އެކުރީ ގޯސްކޮށެވެ. އަދި އެވެރިންގެ މައްޗަށް ޙުކުމް ކަނޑައެޅޭ ސަބަބުގެ މައްޗަށް އެކަމުގައި ބަރޯސާނުކޮށްފިއެވެ. އެފަދަ މީހާ، އިބްނު ތައިމިއްޔާ ގެ ޒަމާނުގައި ތިބި ރާފިޟީންނާއި އަހަރެމެންގެ މިޒަމާނުގައި ތިބިމީހުންގެ ފަރަޤުތައް އަޅައި ނުކިޔައިފިއެވެ. އެހެނީ މަޖޫސީ ޞަފަވީ ދައުލަތުގެ ބިންގާ އެޅުނީއްސުރެ — މިއީ އިބްނު ތައިމިއްޔާ އަވަހާރަވީތާ ގާތްގަނޑަކަށް ސަތޭކަ އަހަރަށް ފަހު — ޝީޢީން ވަނީ ޒިންދީޤުންނަށްވެ ނިމިފައެވެ. އެއީ ޔަމަނުގެ ޒައިދީންނާއި ޢަރަބީންގެ ތެރެއިން ބަޔެއް ޝީޢީން މެނުވީއެވެ. އަދި މަޖޫސީ އިރާނީ ދައުލަތް ފުޅާވެ އެވެރިންގެ މުޑުދާރު ފިކުރު "ވިލާޔަތުލް ފަޤީހު" (ޣައިބުގައިވާ ކަމަށް ބުނާ މަހުދީ އައުމާއި ހަމަޔަށް ދީނާއި ދުނިޔޭގެ ކަންކަން ހިންގާނޭ ފިޤުހީ ވަލީވެރިޔާ، މިޒަމާނުގައި އެވާ ޚާމިނާއީ ގެ މަޤާމު) ގެ ދަށުން ފަތުރައި، އެވެރިންގެ ދައުވަތުން ބޭރުގައިވީ ކޮންމެ ޝީޢީއެއްވެސް އެވެރިންނަށް ބައިޢަތުދޭން ފެށިއެވެ. (މިޘާލަކަށް) ޚޫޘީން ގެ ކަންތަކަކީ އަހަރެމެންނާއި (ތާރީޚުން) މާދުރުނޫން ކަމެކެވެ. ހަމައެފަދައިން ޢިރާޤުގެ ޝީޢީންވެސް އެވެ. މީގެ މައްޗަށް ބަލައި، އިބްނު ތައިމިއްޔާ (ޝީޢީންގެ ތެރެއިން) އިސްމާޢީލީންނަށް ނުވަތަ ރާފިޟީންނަށް ނުވަތަ ޖުމްލަކޮށް ޝީޢީންގެ މައްޗަށް ނެރުއްވި ޙުކުމްތައް، މިހާރު އެވެރިންގެ މައްޗަށްވާ ޙުކުމާއި ތަފާތުވެގެން ވެއެވެ. ވީމާ އެ ޙުކުމް ތައް މިޒަމާނުގައި އެވެރިންގެ މައްޗަށް ނެރުން ހުއްދަ ވެގެން ނުވެއެވެ.

އެހެނީ، މިޒަމާނުގައި އެވެރިންގެ ތެރެއިން އެންމެން — ޢިލްމުވެރިންނާއި ޢާންމުންވެސް — ވަނީ އެއް މަޛުހަބެއް (ފިކުރެއް) މައްޗަށެވެ: ﷲ އަށް ޝަރީކުކޮށް، އެއިލާހުނޫން ފަރާތް ތަކަށް ދުޢާ ކޮށް، ސުންނަތަށް ރުޅިވެރިވެ، އަޞްޙާބުބޭކަލުން ތަކްފީރުކޮށް، އެވެރިންގެ ތެރެއިން ގިނަބަޔަކު ޤުރުއާން ވެސް އޮޅުވާލެވިފައިވާކަމަށް ބުނެއެވެ. އަދި އުއްމުލް މުއުމިނީން ތަކަށް އަޢިބުކިޔައެވެ. އަދި ސުންނަތުގައި ހިފަހައްޓާތީވެ އެވެރިން މިހިރަތިބެގެން އެންމެހާ ތަނެއްގައިވާ ސުންނީންނާއި ހަނގުރާމަކޮށް ޤަތުލު ކުރަނީއެވެ. އަދި އަންހެނުންގެ އިއްފަތް ފޭރެނީއެވެ. އަދި މިނޫން އެތައް (ޢުދުވާނެކެވެ.)

އެވެރިން އަހަރެމެން މިކުރާ ނަމާދެއް ނުކުރެއެވެ. އަދި އަހަރެމެންގެ ނަބިއްޔާ ﷺ ގެ ސުންނަތަކަށް ތަބަޢަ ނުވެއެވެ.

މިހުރިހާ ކަމަކަށްފަހު އަހަރެމެން ބުނަންވީ: ޝީޢީންނާއިމެދު އިބްނު ތައިމިއްޔާ އާއި ޢިލްމުވެރިން ބަސްފުޅުތަކުގައި އިޚްތިލާފެއްވެޔޭ ހެއްޔެވެ؟ ނުވަތަ މިއަށްފަހު ބުނަންވީ: އެވެރިންނަށް ތަކްފީރުކުރުމާއިމެދު ޢިލްމުވެރިން އިޚްތިލާފުވެލެއްވިއޭ ހެއްޔެވެ؟ އެވެރިންގެ ޢިލްމުވެރިން ތަކްފީރުކޮށް ޢާންމުން ތަކްފީރުކުރުމާއި މެދު އިޚްތިލާފުވެލެއްވިޔޭ ހެއްޔެވެ؟ ފަހެ އެވެރިންގެ ޢާންމުންނަކީ އެވެރިންގެ ޢިލްމުވެރިންނަށް ތަބަޢަވާ ބަޔެއް ފިޔަވައި ކޮންބަޔެއް ހެެއްޔެވެ؟ އެހެންކަމުގައި ވަނީނަމަ ޖަންނަތަށް ވަނުމުގެ ޕާސްޕޯޓާއި އެކު، އެވެރިންގެ ޢިލްމުވެރިންގެ ފަތުވާ ތަކުގެ މައްޗަށް (ސުންނީން) ޤަތުލުކޮށް ލޫޓުވައި މިހަދަނީ އެވެރިންގެ ޢާންމުން ފިޔަވައި ކޮންބަޔެއް ހެއްޔެވެ؟

ﷲ ގަންދީ ބުނަމެވެ. އެވެރިންގެ އެންމެންގެ ކުފުރާއިމެދު، އަހަރެމެން ހިތަކު އެއްވެސް ޝައްކެތް ނެތެވެ. އަދި އެމީހެއްގެ ފެނުން ﷲ ފުސްކުރައްވައިފައިވާ މީހެއް މެނުވީ އެވެރިންގެ ކުފުރާއިމެދު ޝައްކެތް ނުކުރެތެވެ. ❝


— އައްޝެއިޚް އަލްމުޙައްދިޘް ޑރ. ޚާލިދުލް ޙާޔިކު (ބަސްކޮޅު)

~ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

"ތިބާގެ މުސްތަޤްބަލަށް: މަގުޗާޓެއް" (hd)
~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

"ތިބާގެ މުސްތަޤްބަލަށް: މަގުޗާޓެއް"
~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

~ Galandān | #NakbaDay

Читать полностью…

Galandān ގަލަންދާނު

~ Galandān (Arabic)

Читать полностью…

Galandān ގަލަންދާނު

🟢The Timing Of Morning And Evening Adhkār

❝ The morning Adhkār begins with the arrival of the second dawn (i.e. the time of the fajr prayer) and ends with sunrise. The evening Adhkār begins at the start of the evening and ends at sunset. Of course, if the time is up, and if a person has not read them, this does not mean he is to leave them (unread), no, he is to recite them, but what is mentioned is the preferred timings which is legitimate and he can recite.

Allah - عز وجل - said:

{بِالْغُدُوِّ وَالآصَالِ} [الأعراف:٢٠٥]
“...in the morning and Al-Āṣāl (evening)”

And “Al-Āṣāl” is: from the ‘Asr (prayer time) till sunset, this is (the definition of) “Al-Āṣāl” , according to what is more correct from the two opinions of the scholars. Allah - عز وجل - stated:

{وَسَبِّحۡ بِحَمۡدِ رَبِّكَ قَبۡلَ طُلُوعِ ٱلشَّمۡسِ وَقَبۡلَ غُرُوبِهَاۖ} [طه:١٣٠]
“And glorify the praises of your Lord before sunrise and before sunset.”

So recitation of dhikr, before sunset is what is best, because after sunset the devils spread out. And adhkār safeguards the servant from the devils, and it fortifies him. ❞


— Shaykh Sulaymān Al-ʿAlwān (audio)

~ Galandān

Читать полностью…

Galandān ގަލަންދާނު

މަންމައިންގެ ދުވަސް

❤️ ❞ އިސްލާމީ ޝަރީޢަތް ވަނީ މައިމީހާ މަތިވެރިކޮށްފައެވެ. އަދި ކޮންމެ ދުވަހަކީ އެމައިމީހާއަށް ހެޔޮކޮށް ހިތަން ޖެހޭ ދުވަހެއް ގޮތުގައި ކަނޑަ އެޅިފައެވެ. އަދި ކިއެއްހެއްޔެވެ؟ އެމައިމީހާ ނިޔާވުމަށް ފަހު ވެސް، އެކަމަނާގެ އެކުވެރިންނަށް ކަމޭ ހިތުމަށް އަމުރުވެވިފައިއެވެ. ވީމާ އަހަރަކު އެއްދުވަސް އެކަމަނާއަށް ދިނުމަކީ އިހާނަތެކެވެ. އަދި ދީނަށް އަލަށް ގެނެވިފައިވާ ކަމެކެވެ. (ބިދުޢަ އެކެވެ.) ❝

⚠️ ❞ އަހަރަކު އެއްފަހަރު ނޫނީ އެމީހެއްގެ މައިމީހާ ނުދަނެއްޖެ މީހާ، އެމައިމީހާއަށް ކަމޭނުހިތައިފިއެވެ. ދެންފަހެ ކޮންމެ ދުވަހެއްގައިމެ މަންމައާއި ގުޅުން ބާއްވައި، އެމަންމައަށް އެހީތެރިވެ، އެމަންމައަށް ކިޔަމަންތެރިވެ ހުރެއްޖެ މީހާ، މަންމައިންގެ ދުވަހުގެ އިތުރު މުޙިއްމުކަމެއް، އޭނާއަކަށް ނޯވެއެވެ. ވީމާ، މަންމައިންގެ ދުވަހަކީ މައިންނަށް ކަމޭނުހިތާމިހުންނަށް އޮތް މުނާސަބަތެކެވެ. އޯގާތެރިންނަކަށް ނޫނެވެ.❝


— ޢަބްދުލް ޢަޒީޒް އައްޠަރީފީ (ބަސްކޮޅު)

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

📝 A SUMMARIZED NOTE, ON THE AQĪDAH OF AL-NAWAWĪ



1. Al-Nawawī (erroneously) stated in more than one place that the doctrine of the Salaf revolves between Al-Tafwīḍ - i.e. Tafwīḍ of meanings (Names and attributes of Allah found in kitāb and sunnah are letters without any meanings) and taʾwīl (distorting its apparent meanings).

2. He did taʾwīl of some of the attributes in his books, especially in the explanation of Ṣaḥīḥ Muslim.

3. Some scribes of Sharaḥ Muslim, whose belief was Salafist, deleted from their copies the said taʾwīls of him on the Attributes. This angered Ibn al-Subkī and rebuked them in Al-Tabaqāt Al-Shāfiʿiyyah... .

📌Benefit: The student of Al-Nawawī Ibn Al-ʿAṭṭār, who is named as "the concise Nawawī" , is the foster brother of Al-Dhahabī via milk kinship. He also met Shaykhul Islam (ibn Taymiyyah).

📌Benefit: Al-Nawawī himself met Al-Majd ibn Taymiyyah (grandfather of shaykhul Islam) but didn't meet Taqīuddīn ibn Taymiyyah.

4. Al-Dhahabī stated in "Tārīkh Al-Islam" (regarding Al-Nawawī) : “Verily his madh'hab regarding the attributes as-samʿiyyah was, as-sukūt (to remain silent regarding them). And he narrated them as they came, and maybe he interpreted them a small number of times in his Sharaḥ of Ṣaḥīḥ Muslim, May Allah تعالى have mercy upon him.”

⚠️In some copies, there is an addition to this quote, in the margins, which says: “Al-Nawawi is a man of Ash'arite creed, known for labeling who disagreed with him on this as innovators and exceeded in his harshness towards such.”—end. But this addition is not by Al-Dhahabī, and it is not present in some copies, and Al-Sakhawī quoted Al-Dhahabī as saying, “Verily his madh'hab regarding the attributes as-samʿiyyah was to remain silent regarding them. And he narrated them as they came, and maybe he interpreted them a small number of times in his Sharḥ of Ṣaḥīḥ Muslim” — and (Al-Sakhawī) didn't add anything extra to this.

5. Al-Nawawī remained affected and some taʾwīlāt does exist in his statements.

6. In the Egyptian library "Dār Al-Kutub Al-Miṣriyyah" there is book, titled, “Dhikr Iʿtiqād As-Salaf Fil-Ḥurūf Wal Aswāt” , at the end of it, it is noted: (We finished the copy on Thursday Muḥarram in the year 676). (This book is attributed to Al-Nawawī)

7. Benefit: When Ibn Al-ʿAṭṭār associated with Ibn Taymiyyah, he retracted what he had taken from Al-Nawawī, and affirmed the doctrine of the salaf in his book “Al-Iʿtiqād al-Khālis min al-Shakk wa al-Intiqād” — in which he responded to Ashʿarīs.

8. Ibn al-ʿAṭṭār has a lengthy memoir on Al-Nawawī, he named it (Tuḥfat al- Ṭālibīn fī Tarjamat al-Imām Muhiyyudīn), in which he mentioned that al-Nawawī’s death was in Rajab 676. So there was close to 7 months between al-Nawawī’s death and the writing of this (aforementioned) book.

9. The Sheikh mentioned quotes from Imām Al-Nawawī from the said book, that proves his revertion to the doctrine of the Salaf.

10. Ibn Taymiyyah said: “And when we gathered in Damascus, from the things that were presented were the books of Abū Al-Ḥassan Al-Ashʿarī, such as “Al-Maqālāt” and “Al-Ibānah” and also the books of the imāms amongst his companions, like that of Qāḍī Abū Bakr, Ibn Fūrak, Al-Bayhaqī and others. And the book “Al-Ibānah” was presented and what Ibn ʿAsākir mentioned in the book “Tabyīn Kadhib al-Muftarī fīmā Nusiba ilā al-Ashʿarī” (The Exposition of the Fabricator's Lies in What He Attributed to Imām al-Ashʿarī) —and it was transmitted by Abu Zakariyyā Al-Nawawī in his own handwriting.”{end quote} This (book) contains affirmation of the doctrine of the Salaf, and Al-Nawawī transmitted it in his own handwriting.

11. In Rawḍat al-Ṭālibīn, Al-Nawawī said: “If he [that is, the infidel] said, “There is no god worthy of worship but Allah, the King who is in the sky (fī Al-Samāʾ) ” or “..except the King of the sky (Malik Al-Samāʾ) ” he would be a believer. Allah تعالى stated, {ءَأَمِنتُم مَّن فِى ٱلسَّمَآءِ} “Do you feel secure from the One Who is in heaven...”

=

Читать полностью…

Galandān ގަލަންދާނު

[HD] Authentic Ad͟hkār After Farḍ Prayers — Al-'Alwān | Galandān

Читать полностью…

Galandān ގަލަންދާނު

~ ގަލަންދާނު (ބަސްކޮޅު)

Читать полностью…

Galandān ގަލަންދާނު


އަދި ބައެއް މީހުން ދެކެނީ ތަޝްރީޢު އަކީ މިބާބާއި ގުޅުމެއް ނުވާ އެއްޗެއް ކަމުގައެވެ! (އެބަހީ އަޅުކަމުގެ ބާބާއި). އަދި ދެކެނީ (العبودية) ”އަޅުވެތިވުމުގެ ތެރެއިން“ ވަނީ އަޅުކަމުގެ ބައެއް ބާވަތްތަކެއް ކަމުގައެވެ. އެއީ ސަޖިދަޔާއި، ރުކޫޢު އާއި އަޅުކަންތަކުގެ ބާވަތްތަކުން ނަމާދާއި އެނޫން އެފަދަ ކަންތައްތަކެއް (އެކަނި) ކަމެވެ. އެހެންނަކުންނެއް ނޫނެވެ. އައް-ތަޝްރީޢު އަކީވެސް އަޅުކަމެކެވެ. މިސަބަބަށްޓަކައިއޭ ﷲ جل وعلى އެއިލާހު ގެ މަތިވެރި ފޮތުގައި މިހެން ވަޙީ ކުރައްވަނީ: إِنِ الْحُكْمُ إِلَّا لِلَّهِ أَمَرَ أَلَّا تَعْبُدُوا إِلَّا إِيَّاهُ [يوسف:40]، ”އަދި (އަޅުތަކުންގެމެދުގައި) حكم ކުރެއްވުން ﷲ އަށްމެނުވީ ނުވެއެވެ.“ އެގޮތުން ޙުކުމް ކުރުމީ އަޅުކަމެއް ގޮތުގައި ކަނޑައެޅުއްވިއެވެ.

ދެވަނަ ވައްތަރު: (العمل بالتشريع) ”ތަޝްރީޢު ގެ ޢަމަލު“ ، އެބަހީ: ގައުމުތަކުން ކޮންމެވެސް ގައުމެއްގައި ޝަރުޢު ވަނީ ﷲ عز وجل ގެ ޝަރީޢަތުން ކަމުގައި ވެފައި، ﷲ عز وجل ޙަލާލު ކުރެއްވި އެއްޗެއް އެތާނގައި ޙަލާލު ކުރެވި، ޙަރާމް ކުރެއްވިއެއްޗެއް އެތާނގައި ޙަރާމް ކަމުގައިވެފައި، ދެން (ކުރިޔަށްދާ ވަކި މައްސަލައެއްގައި) ޙުކުމެއް ކަނޑައެޅުމުގައި މީހާ އުނިވުމެވެ. އޭނާ ޙަލާލެއް ޙަރާމް ނުކުރެއެވެ. އަދި ޙަރާމެއް ޙަލާލުވެސް ނުކުރެއެވެ. އެހެނަސް (التطبيق) ނިޔާ ކަނޑައެޅުމުގައި އޭނާ ދޫދިނެވެ. ރާބޯ މީހާ އަށް ޙައްދު ނުޖެހިއެވެ. ޒިނޭ ކުރިމީހާ ދޫކޮށްލިއެވެ. ރިޝްވަތުގައި ހިފައި ވައްކަން ކުރިމީހާގެ އަތްކެނޑުން ދޫކޮށްލިއެވެ. އަދި މިޒާތުގެ ކަންކަމެވެ. އެއީ ޤާނޫނުގައި އާއި ނިޒާމުގައި އެކަމުގެ (ﷲ ގެ) ޙުކުމް އޮތް ހިނދުގައެވެ. ފަހެ الكفر دون كفر އޭ ސަލަފުން އަރިހުން އައިސްފައި އޮތް މަސްއަލާ އަކީ މިއީ އެވެ.

☝️ދެންފަހެ ފުރަތަމަ ގެނެވުނު ބާވަތް (އައް-ތަޝްރީޢު)، ދަންނައެ، އެއީ މިފަހުން މިބުނެވުނު ބާބު ތެރޭ ބަހުޘް ކުރެވޭ އެއްޗެއް ނޫނެވެ. އެހެނީ (ތަޝްރީޢު) އެއީ މުސްލިމުންގެ އިޖުމާޢުއިން (ދެބަސްވުމެއް ނެތް) ކުފުރެވެ. އެހެނަސް ބައެއް މީހުން ފުރަތަމަ މަސްއަލަ — އައްތަޝްރީޢު ގެ މަސްއަލަ— ތެރެއަށް، الكفر دون كفر ގެ ޙާލަތް ވައްދުވައެވެ! މިއީ ޝަރުޢީ ދަލީލުން ބުރަދަން އޮތް (سائغ) ބުނުމެއް ހެއްޔެވެ؟ ނުވަތަ ނޫން ހެއްޔެވެ؟ ނޫނެކެވެ. މިއީ އެއްވެސް މުސްލިމެއް ގާތު (ޝަރުޢީ ދަލީލުން) ބުރަދަން އޮތް ބުނުމެއް ނޫނެވެ. އަދި ﷲ سبحانه وتعالى"އަޑު އަހައި ކިޔަމަންގަތުމުގެ" ވާޖިބު، އެއިލާހުގެ ޝަރުޢުން ޝަރުޢު ކުރާ މީހުންނަށް (އެކަނި) ގޮށްޖައްސަވާފައި ވަނީ މިސަބަބަށްޓަކައެވެ. އެއީ އިތުރުއެކަލޭގެފާނުން عليه الصلاة والسلام ގެ ޙަދީޘް ގައި ވާފަދައިންނެވެ: (اسمعوا وأطيعوا وإن تأمر عليكم عبد حبشي يقوم بينكم بكتاب الله) ”ތިޔަބައިމީހުންގެ މައްޗަށް އަމުރުވެރިޔަކަށް ލެވިފައިވަނީ ޙަބަޝީ އަޅެއް ކަމުގައި ވިޔަސް، އޭނާ ތިޔަބައިމީހުންގެ ތެރޭ ﷲ ގެ ފޮތް ޤާއިމުކުރާއިރު، އަޑުއަހާށެވެ. އަދި ކިޔަމަންތެރިވާށެވެ.“ އެހެންކަމުން އަޑުއަހައި ކިޔަމަންގަތުން ޝަރުޠުކޮށް ހިފެހެއްޓެވީ ﷲ سبحانه وتعالى ގެ ފޮތުގެ މައްޗަށެވެ. އަދި ކޮންމެ ކޮންމެ އަމުރުވެރިޔަކާއި ނަހީވެރިޔަކަށް އެ ދޫކޮށްނުަލައްވައެވެ. ❝ ⁽¹⁾


— ޢަބްދުލް ޢަޒީޒް އައްޠަރީފީ
އައްރާޒީންގެ ދެ އިމާމުން ގެ ޢަޤީދާ "ސުންނަތުގެ އަޞްލާއި ދީނުގެ އިޢްތިޤާދު" — މީގެ އައްޠަރީފީ ޝަރަޙަ (އޯޑިއޯ ދަރުސް އިން)

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު





--------------------------------
= (ށ) އަދި ޢަބްދު ﷲ އައްސަޢްދު ވިދާޅުވިއެވެ: ” (كفر دون كفر) ޘާބިތުވެފައިވަނީ އިބްނު ޢައްބާސްގެ ދަރިވަރުންގެ ފުށުންނެވެ. ޢަޠާއު އަދި އެނޫން ބޭކަލުންގެ ފަރާތުންނެވެ.އަދި އިބްނު ޢައްބާސް އަރިހުން ޘާބިތުވެގެންވަނީ "ތިއީ ކަލޭމެން ތިދެކޭ ކުފުރެއް ނޫނެވެ." އަދި އެނޫން ރިވާޔަތެއްގައި "އެއީ ކުފުރެވެ." އަދި (އިބްނު ޢައްބާސް ކުރެން كفر دون كفر ރިވާކުރި) ޙިޝާމް ބުނު ޙުޖައިރު ފުށުގައި ބަލިކަށިކަމެއް ވެއެވެ. އަދި އިބްނު މަސްޢޫދުގެ އަރިހުން އިބްނު ޖަރީރު ރިވާކުރެއްވި ތަކެތީގައި ޘާބިތުވެގެން ވެޔޭ، ވިދާޅުވިޔޭ: ”އެއީ ކުފުރެވެ.“ އެއީ ޙުކުމް ކުރުމުގައި ރިޝްވަތުގައި ހިފުމާއިމެދު ސުވާލުވެވުމުންނެވެ. ވިދާޅުވީ ”އެއީ ކުފުރު" އޭ އެވެ. އަދި ސަލަފުންގެ އަރިހު މިމައްސަލާގައި (މިއާޔަތުގެ ތަފްސީރުގައި) ޚިލާފުވާކަން އިބްނު ޖަރީރު ޛިކުރު ކުރެއްވިއެވެ.“ — އައްސަޢްދު ގެ ބަސް މިހިސާބަށް. ނޯޓް: އަހަރެމެން ވާނީ އަޞްޙާބު  ބޭކަލުންގެ ޚިލާފު އޮންނަ ހިނދު އާޔަތުގެ ތަފްސީރުގެ ނެގެވޭ އުޞޫލުތަކާއި ހަމަ އަހަރެމެން އެކުލަވާލާފައިވާ (އިނގިރޭސި ބަހުން އެކުލަވާލި) ފޮތް "لماذا كفّرت الحكومات" ގައި ބަޔާންކޮށްދީފައެވެ. (ފޮތް pdf)
(ނ) އަދި ޑރ. މާޙިރު އަލްފަޙްލު ވިދާޅުވިއެވެ: ”މިބަސްފުޅު ޞައްޙައެއް ނޫނެވެ. އިބްނު ޢައްބާސް އަރިހުން ޞައްޙަވެފައި ނުވެއެވެ. އަދި ޘާބިތެއް ނޫނެވެ. އިބްނު ޢައްބާސަށް ނަގުލުވި ސަނަދުގެ މަގު ޟަޢީފެވެ.“
(ރ) އަދި ޝެއިޚް ޙައްސާން ޙުސައިނުއް ޞޫމާލީ އިބްނު ޢައްބާސްގެ މިނޫން ބީދާއިން އައިސްފައިވާ އެންމެހާ ރިވާޔަތްތައް ބަލިކަށި ކުރައްވައި އޭގެ ޚުލާޞާއެއް ލިޔުއްވިއެވެ. (ބެލުމަށް: ١ ، ٢ ، ٣ ، ٤ ، ٥ ، ٦ ، ٧ ،) އަދި ސަލަފުން މި ރިވާޔަތް ބަލައިގަތް ގޮތްތަކާއި އޭގެ ހަމަތަށްވެސް ބަޔާން ކުރެއްވިއެވެ. (ބެލުމަށް)
(ބ) އަދި އަލްޢަލްވާންވެސް އޭގެ ސަނަދު ތަފްޞީލު ދެއްވާފައިވެއެވެ. އަދި ކުރިން ބަޔާން ވެވުނު ރިސާލާ (ألا إن نصر الله قريب) ގައި ވިދާޅުވިއެވެ: ”މީގައި ދެ (ބަލިކަށިކަމުގެ) ޢައިބެއް އެކުލެވެއެވެ: ފުރަތަމައީ: ހިޝާމް ބްނު ޙުޖައިރު އަކީ ހަނދުމައިގައި ބަލިކަށި މީހެއް ކަމެވެ. އިމާމް އަޙްމަދާއި އެނޫން ބޭކަލުން މިގޮތަށް ވިދާޅުވިއެވެ. ދެވަނަ ބަލިކަށްޓަކީ: ހިޝާމް ވަނީ (މިރިވާޔަތް ގެނައުމުގައި) އޭނާއަށް ވުރެ އިތުބާރު ހުރި މީހުންނާއި ތަޢާރުޟު ވެފައެވެ. (ދެން މުޢައްމަރުގެ ސަނަދުން އައި ރިވާޔަތް ގެންނެވިއެވެ. އަދި މި މައްސަލައިގެ މައްޗަށް ތަފްޞީލު ގެންނެވިއެވެ. (ބައްލަވާ))
(ޅ) އަދި އަލްޢައްލާމާ ޙަމޫދު ބްނި ޢަޤްލާއު އައްޝުޢައިބީ މިމައްސަލާގައި ދެއްވި ފަތުވާގައިވެސް އެރިވާޔަތް ޟަޢީފު ކުރެއްވިއެވެ. (ބައްލަވާ)

Читать полностью…

Galandān ގަލަންދާނު

[ފޮޓޯ 1] ފިރިހެނާގެ އިޙްރާމް (hd ލިންކް)
~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

📣 ❝ Boycotting the products of the infidels, particularly those engaged in conflict (Muḥāribīn), is a way to unnerve them ⁽¹⁾ and a worship by which one draws closer to Allah, and it also includes weakening their economy. If it were nothing but a demonstration of the servitude in loyalty and disavowal ⁽²⁾, that alone is enough. ❞

— Shaykh Sulaymān Al-ʿAlwān (text)
~ Galandān

----------------------------
[1] Annoyance as a worship: See Sūrah 9 (Al-Tawbah) verse 120
[2] The concept of loyalty and disavowal (al-wala’ wa’l-bara’) and its importance (See: Islamqa fatwa no 337640)

Читать полностью…

Galandān ގަލަންދާނު


ނޯޓް: އިބްނު ތައިމިއްޔާ ގެ ފަތުވާގައިވެސް، އަޞްޙާބު ބޭކަލުން ޖުމްލަކޮށް ފާސިޤު ވެދިޔަ ކަމަށް، ނުވަތަ ކާފަރުވީ ކަމަށް، ނޫނީ މަދުބޭކަލެއް މެނުވީ ކާފަރުވީ ކަމަށް ދެކޭ މީހުންގެ ކުފުރާއިމެދު އަރައިރުމެއް ނުވެއެވެ. އަދިކިއެއްތަ، އެވެރިންގެ ކުފުރާއިމެދު ޝައްކު ކުރާ މީހެއްގެ ކުފުރުވެއްޖެ ކަމަށް އިބްނު ތައިމިއްޔާ ވިދާޅުވިއެވެ. އަދި މިއީ އިބްނުލް ޢުޘައިމީންގެ ވެސް ބަހެވެ. ވީމާ ރާފިޟީންގެ ޢާންމުންނާއިމެދު އޮތް އެފަތުވާގައި މި ޙާލަތުގައި ވާ ބަޔެއް ނުހިމެނެއެވެ. ހަމައެފަދައިން އުއްމުލް މުއުމިނީން ޢާއިޝާ رَضِيَ ٱللَّٰهُ عَنْهَا އަށް ޤަޒްފު ކުޅައުން ގަބޫލު ކުރާ ފަރާތެއްވެސް އެ އިސްތިޘްނާގައި ނުހިމެނެއެވެ. (އިތުރު ތަފްޞީލު: އިސްލާމް ސުވާލާއިޖަވާބު 113676)

އަދި ޝީޢީންގެ (ރާފިޟީން އެބައިގަނޑެއްގައި ހިމެނޭ) އިމާމިއްޔާ އަށް ޝެއިޚުލް އިސްލާމް ތަކްފީރު ނުކުރައްވާތޯ ސުވާލުވެވުމުން އަލްޢަލްވާން ވިދާޅުވިއެވެ: އެކަމުގައި ޞަރީޙަބަހެއް ޝެއިޚުލް އިސްލާމްގެ އައިސްފައި ނެތް ކަމާއި އެހެން ކަމުން ތަކްފީރު ކުރެއްވިޔޭ ބުނާ މީހުންނަށްވެސް ނުވަތަ ނުކުރައްވާޔޭ ބުނާ މީހުންނަށްވެސް އެގޮތަށް މާނަކުރެވެން އޮތް ކަމަށެވެ. އެހެނަސް މީގެ މާނައީ ޝެއިޚުލް އިސްލާމް އެކަމުގައި ޙުކުމެއް ނުދެއްވާ ކަމުގައި ނޫން ކަމެވެ. އެހެނީ އެކަލޭގެފާނު ވަނީ އެފަދަ ކުފުރުގެ ޢަމަލުތަކުގެ މައްޗަށް ނިޔާކަނޑައަަޅުއްވައިފައި ކަމެވެ. މިޘާލަކަށް އަޞްޙާބު ބޭކަލުންގެ ނަބިއްޔާ ﷺ އަށް ފަހު މުރުތައްދުވީ ކަމަށް އަދި މަދުބަޔެއް ނޫނީ ސަލާމަތް ނުވާ ކަމަށް ބުނާ މީހުން މުރުތައްދުވެގެންވާކަމަށް "އައްޞާރިމުލް މަސްލޫލު" ގައި އިޖުމާޢު ނަޤުލު ކުރެއްވިކަމެވެ. އަދި މިއީ އިމާމިއްޔާއިންގެ އަޤީދާގެ ތެރެއިން އެންމެ ބޮޑު އެއްކަންތައް ކަން އަހަރެމެންނަށް އެނގެއެވެ. އަދި މިއިން އިމާމިއްޔާއިންނަށް އެކަލޭގެފާނު ތަކްފީރު ކުރެއްވިކަމަށް ބުނާ މީހުންނަށް، ބާރެއް އެބައޮތެވެ. އަދި މިއިން ނެގެނީ، އެކަމުގައި ޝެއިޚުލް އިސްލާމް ތަކްފީރު ކުރެއްވީ މައްސަލަ ތަކުގެ މައްޗަށް ކަމެވެ. އަދި ބައިގަނޑުތަކުގެ (ނަމުގެ) މައްޗަށް ނޫން ކަމެވެ. (ޚުލާޞާކޮށް ، އަޞްލަށް ރުޖޫޢަވޭ)


✏️ އަހަރެން ބުނަމެވެ: ރާފިޟީންގެ ކުފުރާއި މެދު ދެބަސް ވުމެއް ނެތެވެ. އަދި ބައެއް ޢިލްމުވެރިން އެވެރިންގެ ޢާންމުންނަށް ތަކްފީރު ކުރެވުން ވަނީ ޙުއްޖަތް ޤާއިމު ކޮށްފައި ކަމަށް ލާޒިމު ކުރެއްވުމީ، އެވެރިންގެ ކުފުރުގެ މައްޗަށް ދެބަސް ވުމެއް ނޫނެވެ. އަދި ފަހުގެ ޢިލްމުވެރިންގެ ބޮޑު ބައިގަނޑެއް ރާފިޟީންގެ ޢާންމުންނާއި ޚާއްޞުން ޖުމްލަކޮށް ތަކްފީރު ކުރެއްްވުމުގައި ފަރަޤު ނުކުރައްވައެވެ:

އަދި ޝެއިޚް ސުލައިމާން އަލްޢަލްވާން، އަދުގެ ރާފިޟީންގެ ޙަޤީޤަތާއިމެދު ލިޔުއްވި ރިސާލާ ”ތަބްޞީރުން ބިވާޤިޢިއް ރާފިޟާ" ގައި، ރާފިޟީން އަރައިގަނެފައިވާ ކުފުރުތަކުގެ ތެރެއިން މުސްލިމުން އެއެއްމައްޗަށް އިޖުމާޢުވެފައިވާ 9 ކަންތައް ގެންނެވުމަށް ފަހު ވިދާޅުވިއެވެ: ”.. އަދި ބޮޑުމަހަކާއި ބޮނޑަކާއި އެއްފަދަ ނުވާފަދައިން އިސްލާމް ކަމާއި އެއްނުވާނޭ މިނޫން މިފަދަ އެތައް ބޮޑު ކުފުރު ތަކެކެވެ. އަދި މިއީ ހަމައެކަނި އެވެރިންގެ ތެރެއިން ބައިގަނޑެއްގެ ޤަބޫލު ކުރުންތަކޭ، ގިނަ މީހުންގެއެއް ނޫނޭ ބުނެއްޖެ މީހާ، އެހެރީ އޮޅުމެއްގައެވެ. ފަހެ މިއީ އެވެރިންގެ ޚާއްޞަމީހުންނާއި ޢާންމު މީހުންގެ، ބޮޑުންނާއި އާދައިގެ މީހުންގެ އެއްބަސްވުމެވެ. ވަކިން ޚާއްޞަކޮށް އަޅުކަމުގެ ތަޥްޙީދުގައި ކުރާ ޝިރުކާއި އަޞްޙާބު ބޭކަލުންނަށް ކުރާ ތަކްފީރުގައެވެ..“

އަދި އައްޒަރްޤާވީ، އަލްމަޤްދިސީއަށް ފޮނުއްވެވި ރިސާލަތުގައި ވެއެވެ: ”އަދި އިބްނު ތައިމިއްޔާ އެކަލޭގެފާނުގެ ޒަމާނަށް ދެއްވި ފަތުވާ، ގެނެސް އަދުގެ ރާފިޟީންގެ ޙަޤީޤަތާއި ޙާލަތުގެ މައްޗަށް އެބުނުމީ ބޭއިންސާފެކެވެ. — އެއީ ދެޒަމާނުގެ ފަރަޤަށް ނުބަލައި އެކަން ކުރުމެވެ. އަދި ކިއެއް ހެއްޔެވެ؟ ރާފިޟީންގެ ވަކިފަރުދުން ކުފުރު ވުމާއިމެދު ވިދާޅުވެފައިވާ ޢިލްމުވެރިން އެބަތިއްބެވިއެވެ. އޭގެތެރޭގައި، އައްޝެއިޚް ޙަމޫދުލް ޢަޤްލާއު رحمه الله އާއި އައްޝެއިޚް ސުލައިމާން އަލްޢަލްވާން އަދި އައްޝެއިޚް ޢަލީ އަލްޚުޟެއިރު (فك الله أسرهما) އާއި، އައްޝެއިޚް އަބޫ ޢަބްދު ﷲ އަލްމުހާޖިރު އާއި އައްޝެއިޚް އައްރަޝޫދު رحمه الله އަދި އެނޫން އެފަދަ ޢިލްމުވެރިން ވެއެވެ.“
=

Читать полностью…

Galandān ގަލަންދާނު

📝ދީން ފޯރުކޮށްދިނުމަކީ ވާޖިބުތަކުގެ ތެރެއިން އެންމެ ބޮޑު އެއްވާޖިބެވެ. އަދި މުހިއްމުތަކުގެ ތެރެއިން އެންމެ މުހިއްމު އެއްކަމެވެ.

(ހެޔޮކަންތަކުން) މަޙުރޫމުވެފައިވާ މީހެއް މެނުވީ އެއިން އެއްކިބާވެ ނުހުރެއެވެ. އެކަން އަދައު ކުރުމީ ވާޖިބެކެވެ. ކޮންމެ މީހެއްވެސް އެމީހަކަށް އެނގޭ މިންވަރަކުންނެވެ. އޭނާއަށް އެނގެނީ ފަޟާއިލާއި ސުންނަތް ތަކާއި އަދަބުއަޚުލާޤުތައް އެކަނި ކަމުގައި ވިޔަސް އެވެ.⁽¹⁾ ކޮންމެ މީހަކީވެސް އެމީހަކަށް ވުރެ ޢިލްމުގައި ދަށް މީހެއްގެ މައްޗަށް ފަޟުލުވެރިކަމެއް ލިބިފައިވާ މީހެކެވެ. ވީމާ (މިޢިލްމު) ފޯރުކޮށްދިނުމުގެ ބާބު ގެ ސުންނަތް ކުޑަ އެއްޗެއް ކަމުގައި ނުހަދާށެވެ.

ފަހެ ކޮންމެ ޢިލްމެއް ގައިވެސް (އޭގެން ނެރުން ޙައްޤު) ޒަކާތެއް ވެއެވެ. އަދި ޢިލްމު ފޯރުކޮށްދިނުމުގައި (މިޒަކާތް ވާޖިބުވެގެންދާ) ވަކި ނިޞާބެއް ނުވެއެވެ. (އެބަހީ: ކިތަންމެ ކުޑަ އެއްޗެއް ލިބިފައިވިޔަސް އެ ފޯރުކޮށްދިނުމުގެ ޙައްޤުވެއެވެ.) އަދި ދީނުގެ ހައިބަތާއި އެޢިލްމެއް ގުޅޭވަރަކުން އޭގެ ޒަކާތުގެ ވާޖިބުކަންވެސް ބޮޑުވެއެވެ. މިޘާލަކަށް އިސްލާމް ކަމުގެ ރުކުންތަކާއި ގުޅުން ހުރި ޢިލްމެވެ. އޭގެ ތެރެއިން އެކައްޗަކީ ނަމާދެވެ. ވީމާ އެޔާއި ގުޅިފައިވާ ކަންކަމުގެ ތެރެއިންވަނީ ނަމާދުގެ ޝަރުޠު ތަކެވެ. އަދި މިފޮތުގައި އަހަރެމެން ގެނެސްދީފައި މިވަނީ ނަބިއްޔު ﷺ ގެ ވުޟޫއުގެ ޞިފަ އެވެ. އަދި މިކަން ގުޅިފައިވަނީ އިސްލާމް ދީނުގެ ރުކުންތަކުގެ ތެރެއިން ޢަމަލީގޮތުން އެންމެ ހައިބަތުބޮޑު ރުކުނާއި އެވެ. (އެބަހީ، ނަމާދާއިއެވެ.) ❝


— ޢަބްދުލް ޢަޒީޒް އައްޠަރީފީ (صفة وضوء النبي ﷺ ޞ. 168)

~ ގަލަންދާނު

-------------------------------
[1] ފަޟާއިލު ތަކީ؛ ލާބަޔާއި ޘަވާބު ހުރި މާތް ޢަމަލުތަކެވެ. އަދި ސުންނަތޭ މިތާނގައި މިވަނީ ފިޤުހީ މާނައިގައިވާ ސުންނަތެވެ. ވާޖިބަކަށް ނުވާ ކުރުމުން ޘާވާބު ލިބޭ ކަންކަމެވެ. އަދި މުރާދަކީ ، އިސްލާމީ މުޖުތަމަޢުއެއްގެ ދޭދޭ ފަރުދުންގެ މެދުގައި އެނގޭ އެންމެ އަސާސީ ޢިލްމުތަައް އެކަނި އެނގޭ މީހެއް ކަމުގައި ވިޔަސް، އެޔެއް އަނެކުންނަށް ފޯރުކޮށްދިނުމެވެ.

Читать полностью…

Galandān ގަލަންދާނު

⬇️"ޤިޔާމަތް ދުވަސް، ހަމަކަށަވަރުން ވަނިވި ދުވާސް" — އުސްތާޛް އާދަމް ނަސީމް (ބީއޭ ނަސީމް) (pdf)

Читать полностью…

Galandān ގަލަންދާނު

Fatwā: "Aiding a Muslim Nation whose ruler is an infidel, over an aggressive Kaafir Nation"

— Sulaymān bin Nāsir Al-Alwān

~ galandhaanu

#NakbaDay

Читать полностью…

Galandān ގަލަންދާނު

~ Galandān (Arabic)

Читать полностью…

Galandān ގަލަންދާނު

~ Galandān (Arabic)

Читать полностью…

Galandān ގަލަންދާނު

📌ހެދުނާއި ހަވީރުގައި ޛިކުރު ކުރުމާއި ޤުރުއާން ކިޔެވުން ޝަރުޢުވެގައިވުން

އެއިލާހު تعالى ގެ ވަޙީ: : {بِٱلۡغُدُوِّ وَٱلۡأٓصَالِ وَلَا تَكُن مِّنَ ٱلۡغَٰفِلِينَ} ”ٱلۡغُدُوِّ އާއި ٱلۡأٓصَالِ ގައި ދުޢާ ކުރައްވާ ޛިކުރު ކުރައްވާށެވެ! އަދި ޣާފިލުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ!“ (7:205) މިއިން ކަށަވަރުވަނީ ހެނދުނާއި ހަވީރުގައި ޛިކުރުކުރުމާއި ޤުރުއާން ކިޔެވުން ޝަރުޢުވެފައިވާ ކަމެކެވެ. އަދި މުސްލިމު މިހާއަށް އެކަމަށްޓަކައި ވިރުދު ތަކެއް ވާކަމެވެ. ٱلۡغُدُوِّ އަކީ ދުވާލުވާ ވަޤުތެވެ. އަދި ދުވަހުގެ ކުރީކޮޅެވެ. އަދި الآصال އަކީ އިރުއޮއްސޭންދާ ވަޤުތެވެ.

ހެނދުނުގެ ޛިކުރު ވަނީ ފަޖުރުލުމަށް ފަހުގައި ކަމާއި މެދު ސަލަފުން ޚިލާފުވެ ނުލައްވައެވެ. އަދި އޭގެ ކުރިންވާ އެއްޗަކީ ރޭގަނޑުގެ ޛިކުރުކަމެވެ. ސުންނަތާއި އާޘާރުތަކުން ދަލީލުކޮށްދެނީ އެބޭކަލުން ހެނދުނުގެ ޛިކުރު ކިޔުއްވަނީ ފަތިސް ނަމާދަށް ފަހުގައި ކަމެވެ. އޭގެ ކުރިން ކިޔައިފިމީހަކަށް، އެކަންވެސް ހުއްދައެވެ. އަދި الغدو އަކީ ފަހު-ފަޖުރު ކަމުގައި މުޖާހިދު ތަފްސީރު ކުރައްވާފައި ވެއެވެ. އެއީ ފަތިސް ނަމާާދު ވަޤުތެވެ.

އަދި "ހެނދުނު" ދެމިގެންދަނީ ޟުޙާ ވަޤުތުގެ ނިޔަލަށެވެ. އަދި ސުންނަތް ގޮތީ: ޛިކުރު ކުރިޔާލައި ނިންމުމެވެ. އެހެނީ އޭގައި ރައްކާތެރިކަމާއި ދިފާޢުއާއި ފުދުން ވެއެވެ. އަދި އޭގެ ވަޤުތުގެ އެންމެ ފުރަތަމަ ކޮޅުގައި ކިޔުމުގެ މޮޅުއިތުރުކަން، ނަމާދު އޭގެ ވަޤުތުގެ އެންމެ ފުރަތަމަކޮޅުގައި ކުރުމުގެ މޮޅުއިތުރުކަމާއި އެއްކަހަލައެވެ. އެހެނަސް އޭގެ ލަސް ވަޤުތަށް ފަސްކުރިޔަސް، އެކަންވެސް ޞައްޙަ އެވެ. އަދި ހުއްދަވެގެން ވެއެވެ.

ދެންފަހެ، އިރުއޮއްސެމުންދާ ވަޤުތު — އެއީ އާޔަތުގައިވާ الآصال އޭ އޮތް ވަޤުތު — ސަލަފުން އޭގައި އިޚްތިލާފުވެލެއްވިއެވެ:

އެގޮތުން އޭގެ ތެރެއިން ބައެއް ބޭކަލުން އެވަޤުތުގެ ފެށުން ކަނޑައެޅުއްވީ ޢަޞްރު ވަޤުތުން ފެށިގެނެވެ. މިއީ މުޖާހިދުގެ ޤަޥްލެވެ.

އަދި އޭގެ ތެރެއިން ބައެއް ބޭކަލުން އެވަޤުތުގެ ފެށުން ކަނޑައެޅުއްވީ އިރުއޮއްސެން ފަށާ ވަޤުތަށެވެ. އެއީ އަބީ ވާއިލް ވިދާޅުވިފަދައިންނެވެ. އަދި އިބްނު ޖަރީރުގެ ވިދާޅުވުމީވެސް މިއެވެ. އަދި (މިމާނަކުރުން) ޢަރަބީންނަށް ނިސްބަތް ކުރެއްވިއެވެ. މުޢައްރިފު ބުނި ވާޞިލުއް ސަޢްދީ ވިދާޅުވިއެވެ: އަބޫ ވާއިލު — އެބަހީ: ޝަޤީޤު ބްނު ސަލަމާ — އެކަލޭގެފާނުގެ ޣުލާމަށް އިރުއޮއްސުނު ވަޤުތު ވިދާޅުވީތީ އަހަރެން އަޑުއެހީމެވެ: ”އަހަރެމެންނަށް آصال ވެދިޔައީހެވެ؟“ އެބަހީ: الأصيل ވަޤުތު ވަދެއްޖެހެވެ؟

މިއާއިއެކު ދަލީލުތަކުގެ ބޭރުފުށަށް ފާޅުވާ އެއްޗަކީ: ހެނދުނުގެ ޛިކުރުތަކަށް އިޚްތިޔާރުވެގެންވާ ވަޤުތަކީ ހެނދުނުގެ ނަމާދު ވަޤުތުކަމެވެ. އެފެށުންވަނީ ފަޖުރުލުމާއި އެކުގައެވެ. އަދި ނިމެނީ އިރުއެރުމާއި އެކުގައި ކަމެވެ. އަދި (المساء) ހަވީރުގެ ޛިކުރުތަކުގެ ވަޤުތަކީ ޢަޞްރު ނަމާދު ވަޤުތު ފަދައެވެ. އެވަޤުތު ފެށުން ވަނީ އެނަމާދުގެ ވަޤުތު ވަނުމާއި އެކުގައެވެ. އަދި ނިމެނީ އިރު އޮއްސުމާއި އެކުގައެވެ. والله أعلم ❝


—ޢަބްދުލް ޢަޒީޒް އައްޠަރީފީ

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

② 

12. Al-Nawawī determined the foremost obligation upon the mukallaf (one accountable under islam), contrary to that which Ashʿarīs say.⁽¹⁾


⭐️A benefit (irrelevant to al-Nawawī) :

Shaykh said that he had two questions he asked from shuyūkh:

i. Do you know why if a person sees a piece of bread on the ground he quickly picks it up, but he doesn't hasten like that if he sees something like for example, a tomato?

Do you know why if a person sees a shoe or slipper flipped upside down, hasten to keep it upright?

“Then I found the answer to the first, from the ḥadīth: honor the bread ⁽²⁾

And the answer to the second, from the words of Shaykhul Islām who said that the people are created in the fitra to venerate what is above.”



Notes by Shaykh Dr. ʿĀmir Al-Baḥjat
(Notes written based upon audio lectures om Sharḥ of Ṣāḥiḥ Muslim by Abū ʿUbaydah Mash'hūr Āl-Salmān)


~ Galandān ⁽³⁾



--------------------------
[1] Commenting on the ḥadīth, "I have been ordered to fight the people until they testify that there is none worthy of worship except Allah (alone) and until they believe in me and what I have brought..." (Ṣaḥīḥ Muslim), Al-Nawawī says in his Sharḥ of Ṣaḥīḥ Muslim (1/210 -211):
“In (the ḥadīth) is a clear evidence for the madh'hab of the muḥaqqiqīn (those verifying what is correct) and the majority amongst the Salaf and the Khalaf that when a person believes in the religion of Islam with a firm and resolute belief devoid of any doubt, that this is sufficient for him, and he is a believer amongst the Muwaḥḥidīn. [And that] it is not obligatory upon him to learn the evidences of the theologians and knowing Allah, the Exalted, through them. [This being] in opposition to the one who made it obligatory and made it a condition of a person being from the the people of the qiblah [and who] claimed that he does not have the ruling [applicable to] the Muslims except through this. And this madh'hab is the saying of many of the Mu'tazilah and some of our associates, the Theologians (Mutakallimūn), and it is a manifest error...”
[2] Al-ʿAdawī said that he ḥadīth is weak (see)
[3] For a thorough response on those who declares Al-Nawawi as an innovator, refer back to our compilation: "Imam an-Nawawi and the Concept of Innovation: Understanding the Difference between the Salaf and Khalaf" (link)

Читать полностью…

Galandān ގަލަންދާނު

رحمه الله ، ~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

Authentic Ad͟hkār After Farḍ Prayers — Al-'Alwān | Galandān

Читать полностью…

Galandān ގަލަންދާނު




[*] މިބާބުގެ މައްޗަށް އައްޠަރީފީ އިތުރަށް ވިދާޅުވެފައިވެއެވެ:

❞ ޙަރާމް ޝަރުޢުކޮށްފި މީހާ، އަދި ހަމައެފަދައިން ޙަލާލު ޙަރާމްކޮށް، ޙަރާމް ޙަލާލުކޮށް ، ﷲ ގެ ނޫން (ޝަރީޢަތަކުން) ގާނޫނު ގެނެސްފިމީހާ، ފަހެ މީނާ އިސްލާމެއް ކަމަށް އިހުގެ އަދި ފަހުގެވެސް ބޭކަލެއް ވިދާޅެއް ނުވެއެވެ. އަދި އެއްވެސް ޝައްކެތް ނެތް ގޮތުގައި، ﷲގެ ވަޙީ ބަސްފުޅުން އަދި އެއިލާހުގެ ނަބިއްޔު ﷺ ގެ ބަސްފުޅުން ދެބަސްވުނެއް ނެތް ޙަލާލެއް ޙަރާމް ކޮށްފި މީހާ، އަދި ދެބަސްވުމެއްނެތް ޙަރާމެއް ޙަލާލުކޮށްފި މީހާ، އަދި މިކަން ދަނެހުރެ އެފަދަމީހަކީ އިސްލާމެއް ކަމަށް ބުނެފި މީހާ، ފަހެ އެއީ ޒިންދީޤެކެވެ. އެހެނީ އިސްލާމުންގެ އިމާމުން ކުރެ އެކަކުވެސް މިއާއި ޚިލާފުވެފައި ނުވެއެވެ. އަދި އިސްލާމުންގެ ބައިގަނޑެއްވެސް ޚިލާފުވެފައިނުވެއެވެ. މުރުޖިޢާއިންގެ ބައިގަނޑުވެސް މެއެވެ. އެހެނީ ﷲ سبحانه وتعالى ވަނީ އެއިލާހުގެ ފޮތުގައި ވަޙީ ކުރައްވާފައެވެ: وَلا يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِنْ دُونِ اللَّهِ [آل عمران:64] ”އަދި ﷲ ފިޔަވައި އަހުރެމެން އެއްބަޔަކު އަނެއްބަޔަކު އެއީ رَبّ ންކަމުގައި ނުހެދުމެވެ.“ އެބަހީ އަހަރެމެންގެ ބަސްތަކުގައި މީހުން ހިފާ ގޮތަށް އެއްޗެއް ޙަލާލު ނުކުރާށޭ އެވެ. އެހެނީ ﷲ  عز وجل ވަނީ އެކަމުގައި (ވަކި ޙުކުމެއް) ފައިސިލާ ކުރައްވާފައި ކަމުންނެވެ. ހަމައެފަދައިން ވަޙީ ކުރެއްވިޔޭ: اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِنْ دُونِ اللَّهِ [التوبة:31] ”އެމީހުންނަކީ އެމީހުންގެ علم ވެރިންނާއި رَاهِبُ ން (يعني: އަޅުވެރިން) އެއީ ﷲ ފިޔަވައި ربّ ންތަކެއްކަމުގައި ހެދި ބައެކެވެ.“ އަދި އެވެރިން ރައްބުންގޮތުގައި ކަނޑައެޅުނީ، އެވެރިން އެއްޗެއް ޝަރުޢު ކުރުމުން ﷲ ގެ ޝަރުޢު ދޫކޮށް އޭގައި ހިފުމުންނެވެ. އަދިވެސް ވަޙީ ކުރެއްވިޔޭ إِنِ الْحُكْمُ إِلَّا لِلَّهِ أَمَرَ أَلَّا تَعْبُدُوا إِلَّا إِيَّاهُ [يوسف:40]، ”އަދި (އަޅުތަކުންގެމެދުގައި) حكم ކުރެއްވުން ﷲ އަށްމެނުވީ ނުވެއެވެ.“ ވީމާ ﷲ عز وجل ޙުކުމް އެއިލާހަށް އެކަނި ލައްވަވައި، އެއަށް އަޅުކަމޭ ނަން ދެއްވެވިއެވެ. ވީމާ އެއިން އެއްޗެއް ﷲ ނޫން ފަރާތަކަށް އަނބުރައިފި މީހާ ﷲ ނޫން ފަރާތަކަށް އަޅުކަން ކޮށްފިއެވެ...❝

އަދި "ދީނުން ބޭރުވާ 10 ކަންތަކުގެ ޝަރަޙާގައި" އައްޠަރީފީ ވިދާޅުވިއެވެ:

❞ ﷲ ގެ ޝަރީޢަތް ފިޔަވައި އެހެން ޤަނޫނުތަކަކުން އެކަލާނގެ ޝަރީޢަތަށް ބަދަލު ގެނެސްފި މީހާ ފަހެ ކާފަރުވެއްޖެއެވެ. (ޞ. 108)

”...ފަހެ އިސްލާމްކަމަށް ނިސްބަތްވާ އެތައް ބަޔަކުވަނީ ވަޟަޢީ ޤަނޫނުތަކެއް ހަދާ ކޮޅަށް ޖަހާފައެވެ. ދެން އެބައެއްގެ މައްޗަށް ﷲ އެބައިމީހުން ވެރިކުރެއްވި މީހުންނަށް އެޤާނޫނުތަކަށް ޙުކުމް ހޯދަން ދިޔުމަށް އަމުރުކުރިއެވެ. އަދި އެބައިމީހުންނާއި ޚިލާފުވެ ﷲ ގެ ޙުކުމްފުޅުން ޙުކުމް ހޯދާ މީހުންނަށް އެބައިމީހުން އަދަބުދިނެވެ.

މިއާއިއެކުވެސް އެބައިމީހުން ދައުވާ ކުރަނީ ޝަހާދަތުގެ ދެކަލިމަޔަށް އިޤުރާރުވާ ކަމަށާއި އަދި ﷲ ގެ ޝަރީޢަތަށް ޢަމަލުކުރުން ވާޖިބުވެގެންވާ ކަމަށެވެ. އެހެނަސް މިޢަމަލުން ދަލީލުކޮށްދެނީ ބޭރުފުށަށް އެފަދައިން އެވެރިން އިޤުރާރުވިޔަސް އެތެރެފުށުން އެބައިމީހުން އެފަދައިން އިޤުރާރު ނުވާ ކަމަށެވެ.

ދެމީހުން ރުހި އެއްބަސްވެގެން ޒިނޭކޮށްފިނަމަ އެދެމީހުންނަށް ޢުޤޫބާތް ދިނުން މަނާ ކުރާ މީހާ، ނުވަތަ ވައްކަމުގެ ޙުކުމް އަތްކެނޑުމުގެ ބަދަލުގައި ހަށިގަނޑަށް ނޫނީ މުދަލަށް ތައުޒީރީ އަދަބެއް ދިނުމަށް ކަނޑައަޅާ މީހާ، ނުވަތަ އެމީހަކު ބޭނުން ގޮތަކަށް ޤަބޫލުކުރާ ކުރުމުގެ މިނިވަންކަން ލިބިގެންވާކަމަށް ޙުކުމްކޮށް، އެހެންކަމުން މުރުތައްދުވާމީހާ ޤަތުލުނުކުރުމާއި އަދި ތައުބާ ލައިދޭން މުހުތުދޭން ނުޖެހޭ ކަމަށް ޙުކުމްކޮށްފި މީހާ — ފަހެ މިހުރިހާ ކަމަކީވެސް ބަޔާންވެގެންވާ މަގުފުރެދުމާއި ކުފުރުވުމުގެ ތެރެއިންވާ ކަންކަމެވެ. ❝

("އިސްލާމްކަން ގެއްލޭ ދިހަ ކަންތަކުގެ ޝަރަހަ" — އައްޠަރީފީ, ދިވެހި ތަރުޖަމާ ގެ ޞ. 108, 110 ، 111)


~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

🔴 ( كفر دون كفر އަކީ ތަޝްރީޢު ތެރެއަށް ވަންނަ އެއްޗެއް ނޫނެވެ.)



❞ މިތާނގައި (ދެ ރާޒީން) ވިދާޅުވަނީ؛

(ولا نرى الخروج على الأئمة) ”(މުސްލިމުންގެ) އިމާމުންނަށް ބަޣާވަތްކުރުން (ހުއްދަކަމުގައި) އަހަރެމެން ނުދެކެމުއެވެ.“

ޛިކުރު ކުރެއްވީ އިމާމުންނޭ އެވެ. އެބަހީ: ކުރީ ފޮޅުވަތުގައި ވާ ޤަޥްލުގައި ނަންގަނެވުނު އިމާމުންނެވެ. އެއީ: (مع أئمة المسلمين) ”މުސްލިމުންގެ އިމާމުންނާއި އެކުގަޔޭ“ މިއެވެ. މާނައީ: މުސްލިމުންގެ ތެރެއިންވާ އިމާމުންނާއި އެވެ.

ވީމާ އެވެރިންނާ ދެކޮޅަށް ބަޣާވާތް ކުރުން ނުވެއެވެ. މިކަން ޝަރުޠުވެފައި މިއޮތީ އެވެރިންގެ އިސްލާމް ކަމަށެވެ. އަދި އިސްލާމްކަން ފާޅުވުން ވަނީ، އިސްލާމީ ޝަރީޢަތް ޤާއިމު ކުރުމުންނެވެ. އިސްލާމީ ޝަރީޢަތް، އެއީ ﷲ ޙަލާލު ކުރެއްވި ޙަލާލުތައް ޙަލާލުކުރުމާއި، ﷲ ޙަރާމް ކުރެއްވި ޙަރާމްތައް ޙަރާމް ކުޅައުމެވެ. އަދި އެއްޗެއް ޝަރުޢު ކޮށްފި މީހާ، އެގޮތުން ދެބަސްވުންނުވާ ޙަލާލުތައް ޙަރާމްކޮށް ، ޙަރާމްތައް ޙަލާލުކޮށްފި މީހާ، ފަހެ އޭނާ އެވަނީ ﷲ އާއި އެއްހަމަ ފަރާތެއްކަމުގައި އޭނާގެ ނަފުސު ގެނެސްފައެވެ. މިސަބަބަށްޓަކައި ﷲ جل وعلا އެއިލާހުގެ މަތިވެރިވެގެންވާ ފޮތުގައި ވަޙީކުރެއްވި ޔޭ: وَلا يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِنْ دُونِ اللَّهِ [آل عمران:64] ”އަދި ﷲ ފިޔަވައި އަހުރެމެން އެއްބަޔަކު އަނެއްބަޔަކު އެއީ رَبّ ންކަމުގައި ނުހެދުމެވެ.“ މީގެ މުރާދަކީ، އަންނާށޭ އޭ އަހުލު ކިތާާބީންނޭ، އަހަރެމެންނަށް ވަނީ އަހަރެމެން ދެފަރާތުން އެއްވެސް މީހެއް އެއީ ޝަރުޢު ހަދާނޭ ވެރިޔެއް ގޮތުގައި ނުނެގުމެވެ. އަދި ހަމަކަށަވަރުން އެކަމުގެ ވެރިފަރާތަކީ ﷲ سبحانه وتعالى އެވެ. އަދި ޝަރުޢު ކުރެއްވުމީ އެއިލާހަށް އޮތް ކަމެއް ގޮތުގައި ﷲ عز وجل ލެއްވެވީ މިސަބަބަށްޓަކައެވެ.

🤚ތަޝްރީޢު ކުރުމާއި ޙުކުމް ކަނޑައެޅުމާއި ގުޅުން އޮތް މަސްއަލައަކަށް އަލިއަޅުވާލަން އަހަރެންނަށް އެބަޖެހެއެވެ. އެއީ ދެބާވަތަކަށް އަހަރެމެން ސަމާލުވާން ޖެހެއެވެ:

ފުރަތަމަ ވައްތަރު: — އަދި މީގައި އެކި ފަރާތްތައް ވަނީ މަސްހުނިވެގެން ނޭ — މިތަޝްރީޢު ކުރުމުގެ ވައްތަރުގައި، އެއީ ޤާނޫނުތައް ހެދުމެވެ. ތަޝްރީޢު ކުރުމަކީ މިއެވެ. އެކަމެއްގައި ﷲ عز وجل ގޮތްނިންމަވާފައިވާ ކަމެއްނަމަ، އެކަން ވަނީ (އެނޫން ފަރާތެއްގެ އިޚްތިޔާރު ނެތި) ﷲ އަށެވެ. އަދި ﷲ عز وجل ދޫކުރައްވާފައިވާ އެއްޗެއްގައި، އެއިލާހުވަނީ މީސްތަކުން އޭގައި އެބައިމީހުންގެ މިނިވަންކަމާއިއެކު ޝަރުޢުކުރުމަށް އިޛުނަދެއްވާފައެވެ. އެއީ އެކިއެކި ޙާލަތްތަކާއި ނިޒާމީ ކަންކަމުގައެވެ. ދިރިއުޅުމުގެ ނިޒާމުގައި އާއި ބިންތަކާއި، ޞިއްޙަތާއި، ވަޒީފާތަކާއި، ރަށްތަކާއި އަވަށްތަށް ބެހުމާއި، ސަލާމަތާއި ރައްކާއުތެރިކަމާއި، މަދަރުސާތަކާއި، ކިޔަވައިދިނުމުގެ މަރުޙަލާތަކާއި، ކިޔަވާކުދިންގެ މަރުޙަލާތަކާއި ދަރަޖަތަކާއި އަދި މިނޫން (މިފަދަ އިދާރީ) ކަންކަމެވެ. އަދި މުސާރައިގެ އޮނިގަނޑާއި މިނޫން ދިރިއުޅުމާއި ބެހޭ އިދާރީކަންކަމުގައެވެ. މިކަންކަން ރައްދުވަނީ މީހުންގެ ޙާލަތްތަކުގެ މައްޗަށެވެ. އެމީހުން އެއްވެ އެމީހުން ބޭނުންވާ ގޮތަކަށް އެކަންކަން ކަނޑައަޅަންވީއެވެ. އެއީ ޝަރީޢަތުގައި ލެވިފައިވާ އަޞްލަކާއި (އެޙަދާ އިދާރީ ޤާނޫނަކާއި) ތަޢާރުޟު ނުވާހާ ހިނދަކުއެވެ. (އެކަން ހުއްދައެވެ.)

🔴އެހެނަސް ކަމެއްގައި ﷲ عز وجل ގޮތް ނިންމަވާފައި ވަނީނަމަ، އިންސާނަކަށް އެހެވޭ ޙުކުމް ހޯދާ ފަރާތް ގޮތުގައި ނޫނީ ޙުކުމް ކުރާ ފަރާތް ގޮތުގައި ވިޔަސް، ﷲ ޙަރާމް ކުރެއްވި އެއްޗެއްގައި ތަޝްރީޢު ކުރުން އޭނާއަށް ނުވެއެވެ. އެކަމަކީ ޙަރާމެކެވެ.

އެހެންކަމުން، ﷲ ޙަލާލް ކުރެއްވި އެއްޗެއް ޙަރާމްކޮށްފި ނަމަ ނުވަތަ ﷲ ޙަރާމް ކުރެއްވި އެއްޗެއް ޙަލާލުކޮށްފިނަމަ، އޭނާ ﷲ ދޫކޮށް ތަޝްރީޢު ކުރުމުގެ ތެރެއަށް ވެއްޓިއްޖެއެވެ. އަދި ޔަހޫދީންނާއި ނަޞާރާއިންނާއި މެދު ﷲ عز وجل ޞިފަކުރައްވާފައިވަނީ މިއިންނެވެ. އެއީ އެއިލާހު جل وعلا ގެ މިއާޔަތުގައެވެ: اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِنْ دُونِ اللَّهِ [التوبة:31] ”އެމީހުންނަކީ އެމީހުންގެ علم ވެރިންނާއި رَاهِبُ ން (يعني: އަޅުވެރިން) އެއީ ﷲ ފިޔަވައި ربّ ންތަކެއްކަމުގައި ހެދި ބައެކެވެ.“
=

Читать полностью…

Galandān ގަލަންދާނު





--------------------------------
= އަދި މިޤަވާޢިދު ތަފްޞީލު ކުރައްވަމުން، އަލްޢަލްވާން (ألا إن نصر الله قريب) — މިރިސާލާ ގެ ޞ. 5 ގައި ވިދާޅުވިއެވެ:
❞ އަދި އިބްނު ޢައްބާސް ގެ ބަސްފުޅު (هي كفر) ”އެއީ ކުފުރޭ“ އަދި އަނެއް ބަސްފުޅު (هي به كفر) ”އެއީ އޭނާ ކިބައިގައިވާ ކުފުރޭ“ — މިއިން ދޭހަވަނީ: އެ އާޔަތްވަނީ ބޭރުފުށަށް ދޭހަވާ މާނައިގައި ކަމެވެ. އަދި އަލްކުފުރު ކަލިމައިގައި އަޞްލަކީ ކުރިޔަށް އޮތް <ل> އެކުލެވިފައިވާނަމަ އެއީ ބޮޑު ކުފުރުކަމެވެ. މިއީ ޝެއިޚުލް އިސްލާމް (އިބްނު ތައިމިއްޔާ) رحمه الله "އަލްއިޤްތިޟާއު" (1/208) ގައި ކަނޑައެޅުއްވި ފަދައިންނެވެ. މިއީ އޭތި (އެޖުމްލައެއްގައި ވަކި ކަމަކަށް) ހަނިކުރެވިފައި ނުވާނަމައެވެ. ނުވަތަ އެ (ޢާންމު މާނަ) ފުރޮޅައިލާނޭ ޤަރީނާއެއް ނުއަންނަހާ ހިނދަކުއެވެ.
އަދި އިބްނު ޢައްބާސް އަރިހުން އަލްބުޚާރީ ރިވާކުރެއްވި، ޒައިދު ބުނު ޘާބިތުގެ އަންހެނުން ގެ ބަސްކޮޅު، [އެހެނަސް އަހަރެން "އަލްއިސްލާމް" ކަމުގައި "އަލްކުފްރު" ވުމަށް ނުރުހެމޭ] — މިބަސްކޮޅު، މި ޤާޢިދާ އާއި ތަޢާރުޟު ނުވެއެވެ. އަދި މިބާބުގައި މިއޮތް އަޞްލު މުގުރައިވެސް ނުލައެވެ. އެކަނބުލޭގެ ބުނެފައިވަނީ ”އަލްއިސްލާމް ކަމުގައި...“ އޭ އެވެ. އަދި މިޤަރީނާއިން ވަށައިޖެހެނީ އަލްކުފުރު ލަފްޒުން މުރާދަކޮށްފައިވަނީ ބޮޑު ކުފުރު ނޫން އެއްޗެއްކަމެވެ.
އަދި އިސްލާމް ކަމުގެ "ތެރޭގައި" ކުފުރު އަކްބަރު ވުމޭ ބުނުން ްޞައްޙަވެގެން ނުވެއެވެ. އަދި އިސްލާމާއި އެކު ل ކުރިޔަށް ލައި އަލްކުފްރޭ ބުނާއިރު، މިގޮތަށް މާނަ ހަނިނުނުކޮށް އޮވެއްޖެނަމަ ބުއްދިއަށް އަންނާނީ އޭގެ ޙަޤީޤީ މާނައެވެ. (އެބަހީ: މީހުންނަށް ހީކުރެވޭނީ އެއީ ބޮޑު ކުފުރު ކަމެވެ.) ވައި މިހެންކަމުން އެކަނބުލޭގެ މިވަނީ މާނަ ހަނިކޮށްލައިގެން (އެބަހީ: އިސްލާމް ކަމުގެ ތެރޭގައި އޭ ބުނެ) މިއޮޅުން ކަނޑުވައިލައިފައެވެ. އަދި މިގޮތަށް އޮތުމުން ވިސްނާމީހަކަށް އެކަން ދެނެގަނެވެއެވެ. ❝
(މިފޮތުގެ އިނގިރޭސި ތަރުޖަމާ ކިޔާލަން ބޭނުންނަމަ - ލިންކް )

[2] ޤަޟިއްޔާ: (ނަން) : ދެ ފަރާތެއްގެ ދެމެދުގައި ހިނގާ މައްސަލައެއް ކޯޓުގައި ބަލާބެލުން. (ދިވަހި ބަހުގެ ރަދީފު)

[3] އަދި މިރިވާޔަތުގެ ބަލިކަށިކަމުގެ މައްޗަށް ފަހުގެ ތަފާތު މުޙައްދިޘުން ބަސްވިދާޅުވެފައި ވެއެވެ. އެގޮތުން:
(ހ) އައްޠަރީފީއާއި ސުވާލުވެވުނެވެ: ”ސޯޅަވަނަ ސުވާލު: އިބްނު ޢައްބާސް ގެ ޙަދީޘް (كفر دون كفر) ގެ ޞައްޙަ މިންވަރަކީ ކޮބައިތޯއެވެ؟“ ޖަވާބު: ”އެއީ އިބްނު ޢަޢްބާސް އަށް މަޥްޤޫފު (ރަސޫލު ﷲ ﷺ އަށް ނިސްބަތް ނުވާ) ޤަޥްލެކެވެ. އަދި މިއީ (އިބްނު ޢައްބާސް ވިދާޅުވިކަމަށް) ޘާބިތު ނޫން ބަސްކޮޮޅެކެވެ. އެ ޤަޥްލު ރިވާކުރެއްވީ އިބްނު އަބީ ޙާތިމް އާއި އަލްޙާކިމް އެކަލޭގެފާނުގެ "އަލްމުސްތަދްރަކް" ގައި އާއި، އަލްބައިހަޤީ އެކަލޭގެފާނުގެ ސުނަން ގައި އާއި، އަލްމަރްވަޒީ "ތަޢްޡީމު ޤަދްރިއް ޞަލާތި" ގައި އަދި އިބްނު ޢަބްދުލް ބައްރު "އައްތަމްހީދް" ގައި ، ހިޝާމް ބްނި ޙުޖައިރު ، ޠާޥޫސު އަރިހުން  ﷲ تعالى ގެ ވަޙީ : (ومن لم يحكم بما أنزل الله فأولئك هم الكافرون) ގޮތުން، އިބްނު ޢައްބާސް ވިދާޅުވިޔޭ: (كفر دون كفر) ”އެއީ ކުފުރަށް ނުވާ ކުފުރެވެ.“ އަދި މަ އެރާވީ ހިޝާމް ބްނި ޙުޖައިރު ވަނީ، ޟަޢީފު ކަމަށް އަޙުމަދު ކަނޑައަޅުއްވާފައެވެ. އަދި އިބްނު މަޢީންވެސް ޟަޢީފުކުދެއްވިއެވެ. އަދި އިބްނު ޢުޔައިނާ ވިދާޅުވިއެވެ: ”އެނޫން އެހެން މީހެއް ގާތުން ލިބިފައި ނުވާ އެއްޗެއް، އަހަރެމެން ހިޝާމް ބުނު ޙުޖައިރު އަތުން ނުނަގަމެވެ.“ އަދި އަބޫ ޙާތިމް ވިދާޅުވިއެވެ: ”އޭނާގެ ޙަދީޘު އޭނާ ލިޔެއެވެ.“ (މިއީ ހަނދުމައިގެ ބަލިކަށިކަން ދަލީލުކޮށް ބަލިކަށި ކަމުގެ ޞިފަޔެއް ކަމަށް ޙަދީޘް އިމާމުން ގެންނަވާ ޞިފައެކެވެ.) އަދި އަލްޢުޤައިލީ " އައްޟުޢަފާއު" ގައި އޭނާ ގެންނެވިއެވެ. (އެއީ ބަލިކަށި ރާވީން ހިމެނުއްވި ފޮތެއް). އަދި އަލްޢިޖްލީ އާއި އިބްނު ސަޢުދު އޭނާ އިތުބާރު ކުރެއްވިއެވެ. އެރިވާޔަތުގެ ލަފުޒު ވަނީ އޮޅުން އަރާފައެވެ. ފަހެ އަލްމަރްވަޒީ "ތަޢްޡީމު ޤަދްރިއް ޞަލާތި" ގައި އަދި އިބްނު ޖަރީރާއި ޢަބްދުއް ރައްޒާޤު "މުޞައްނަފު" ގައި، މުޢައްމަރު ގެ ޙަދީޘް ތަކުން، އެކަލޭގެފާނު ރިވާކުރެއްވިޔޭ، އިބްނު ޠާވޫސު އަރިހުން، އޭނާގެ ބައްޕަ އަރިހުން، ވިދާޅުވިޔޭ: އިބްނު ޢައްބާސާއި ސުވާލުވެވުނޭ މިއާޔަތާއި މެދު: (ومن لم يحكم بما أنزل الله فأولئك هم الكافرون)، (އެހެންކަމުން) ވިދާޅުވިޔޭ: (هي به كفر) ”އެއީ ކުފުރެވެ.“ އަދި ޞައްޙަ އެއްޗަކީ މިއެވެ. “ — އައްޠަރީފީގެ ބަސް މިހިސާބަށް.

Читать полностью…
Subscribe to a channel