qalandhar | Unsorted

Telegram-канал qalandhar - Galandān ގަލަންދާނު

1843

ޢިލްމު އަދި އެއަށް ލޯބިކުރާ ދަރިވަރުންނަށް Notes by, ibn Fahmī Dīdī عفا الله عنه Friends & family

Subscribe to a channel

Galandān ގަލަންދާނު

ދޫކޮށްލެވިފައިވާ ސުންނަތް ތަކުގެ ތެރޭގައި:

ޛުލް ޙިއްޖާ ގެ ދިހަ ދުވަހުގެ ތެރޭގައި ރަމަޟާން މަހުން ގެއްލިފައިވާ ރޯދަ ތައް ޤަޟާއު ކުރުން ހިމެނެއެވެ. އެދުވަސްވަރުގެ ފަޟުލުވަންތަކަން ހޯދައިގަތުމަށެވެ:

އަލްއަސްވަދް ބުނު ޤައިސް އަރިހުން ރިވާވެގެން ވެއެވެ: ވިދާޅުވިއެވެ: ރަމަޟާން މަހުގެ ޤަޟާއުތައް، މި ދިހަ ދުވަސް ތެރޭ ކުރެއްވުމަށް ޢުމަރު ބުނުލް ޚައްޠާބް ލޯބިކުރައްވައެވެ. އެބަހީ ޛުލް ޙިއްޖާ މަހުގެ ދިހަ ދުވަހެވެ.

ރިވާކުރެއްވީ ޞައްޙަ ސަނަދަކުން ޢަބްދުއް ރައްޒާޤު އެވެ. އަދި މަރުފޫޢު ކޮށް (ޙަދީޘް ފުޅެއް ގޮތުގައި) ވެސް އައިސްފައިވެއެވެ. އެ ޞައްހަ އެއް ނޫނެވެ. އެހެންކަމުން އަލް އިމާމް ދާރަޤުޠްނީ ރަނގަޅު ގޮތަކީ (ޢުމަރު އަށް) ހުއްޓިފައިވާ ކަމަށް ކަނޑައެޅުއްވިއެވެ.

އަދި މިފަދައިން ތާބިޢީ ބޭކަލުންގެ ތެރެއިން ބޮޑެތިން ޢަމަލު ކުރެއްވިއެވެ. އޭގެ ތެރޭގައި:

ސަޢީދު ބުނުލް މުސައްޔަބު -رحمه الله- ހިމެނެއެވެ:

އެއީ ރަމަޟާން މަހުގެ ޤަޟާއު ތައް މިދިހައެއް —އެބަހީ ޛުލް ޙިއްޖާ ދިހައެއް — ތެރޭ އަދާކުރުމުގެ މައްސަލައެއް ނުވާ ކަމަށް އެކަލޭގެފާނު ދެކިލައްވާ ކަމުގައެވެ.

ރިވާ ކުރެއްވީ، އިބްނު އަބީ ޝައިބާ އެވެ. އަދި އޭގެ ސަނަދު ޞައްޙަ އެވެ.

~ ޝައިޚް ޢަބްދުލް ޢަޒީޒުލް ޚުޟައިރް | ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

🔺ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މަތިވެރިކަން
~ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

عشر ذي الحجه ، ގަލަންދާން

Читать полностью…

Galandān ގަލަންދާނު


ފަތިސްނަމާދު ކުރަން ހަނދާން ނެތިހުރެފައި، ހަނދާންވެއްޖެނަމަ އޭގެން ފަށާށެވެ. އެހެނީ އެއީ ކައްފާރާއެކެވެ.“
ރިވާކުރެއްވި އިބްނު ޢަދިއްޔު އެވެ. އެއީ ޖަޢުފަރު ބްނު އަބީ ޖަޢުފަރުލް އަޝްޖަޢީ ގެ ރިވާޔަތް ތަކުންނެވެ. އެއީ އޭނާގެ ބައްޕަ ފަރާތުން ދެން އިބްނު ޢުމަރު އަރިހުންނެވެ.

☝️މި ޖަޢުފަރާއި މެދު އަލްބުޚާރީ ވިދާޅުވިއެވެ: ޙަދީޘް މުންކަރު މީހެކެވެ. (އޭނާ ފުށުން ބަލައިނުގަވެއެވެ.)

އަދި "އަލްމަރާސީލް" ގައި އަބޫ ދާވޫދު ރިވާކުރެއްވިޔޭ: ޔޫސުފު ބުނު މޫސާ ވިދާޅުވިޔޭ، ޖަރީރު ވިދާޅުވިޔޭ ޢަލީ ބުނު ޢަމްރުއް ޘަޤަފީ އަރިހުން، ވިދާޅުވިކަމަށް: ނަބިއްޔު ﷺ ހެދުނުގެ ނަމާދުން (ހޭފުޅުވެނުލެއްވި) އަވަހާރެލެއްޕެވުމުން، ހޭފުޅުލެއްވެވުމުން، ޙަދީޘު ކުރެއްވިޔޭ: ( لنغيظن الشيطان كما أغاظنا ) ”ހިނގާށޭ ޝައިޠާނާ ރުޅިއަރުވައިލުމަށް އޭނާ އަހަރެމެން ރުޅިއަރުވައިލިފަދައިން“ ، ދެން އެދުވަހުގެ ފަތިސް ނަމާދަށް އަލްމައިދާ ސޫރަތް ކިޔަވައިވިދާޅުވިއޭ އެވެ.

މިއީ ނުހަނު ޣަރީބު (ސަނަދުގައި އާދަޔާ ޚިލާފު އަދި ބަލިކަށި) ރިވާޔަތެކެވެ.


އަދި ޙަދީޘްތަކުން ފާޅުވާ އެއްޗަކީ މިނަމާދުގައި ކިޔަވާއިރު އަޑުހަރުކޮށް ކިޔެވުމެވެ. އެހެނީ އެކަލޭގެފާނު ނަމާދު ކުރެއްވީ އެހެން ހުރިހާ ދުވަހަކުވެސް ނަމާދު ކުރައްވާފަދައިންނެވެ.


އަދި އިހު ބަޔާން ވެވުނު އެތަކެއް ރިވާޔަތެއްގައި އެކަލޭގެފާނު ފަތިސްނަމާދުގެ (އިހު ސުންނަތް) ދެރަކުޢަތް ކުރެއްވިކަމުގައި އައިސްފައިވެއެވެ. އަދި ބައެއް ރިވާޔަތް ތަކުގައި މިވާހަކަ ނަންގަނެވިފައި ނުވެއެވެ.

ޢިލްމުވެރިން ވަނީ އިރުއެރުމާއި ހަމަޔަށް ނިދި ޖެހިއްޖެ މީހާ ފަތިސް ނަމާދުގެ އިހު (ސުންނަތް) ދެރަކުޢަތް ކުރުމާއި މެދު އިޚްތިލާފުވެލައްވާފައެވެ:

އެގޮތުން ގިނަ ބޭކަލުން ގޮތްނިންމަވާފައިވަނީ ފަރުޟު ނަމާދުގެ ކުރިން އެދެރަކުޢަތް ޤަޟާއު ކުރުމެވެ. އޭގެ ތެރޭގައި: އަބޫ ޙަނީފާ އާއި، އައްޘަޥްރީ އާއި އަލްޙަސަން ބުނު ޙައްޔި އާއި، އައްޝާފިޢީ އާއި އަޙްމަދާއި އަބޫ ޘަޥްރާއި ދާވޫދު ހިމެނިލައްވައެވެ. އަދި މިއީ މާލިކުގެ އަޞްޙާބުން ކުރެ އަޝްހަބާއި އެނޫން ބޭކަލުންގެ ވެސް ބަސްފުޅެވެ.

އަދި އަޙުމަދާއި ސުވާލުވެވުނެވެ: (އެހިނދުގައި) ފަތިސް ނަމާދުގެ އިހު ދެރަކުޢަތް ނުކުރުމަށް އެއްވެސް މީހަކު ވިދާޅުވޭ ހެއްޔެވެ؟ ވިދާޅުވިއެވެ: ”ނޫނެކެވެ.“

އަދި މާލިކު ވިދާޅުވިއެވެ: ”(އެޙާލަތުގައި) ފަތިސް ނަމާދުގެ އިހު ދެރަކުޢަތް ކުރުން ނުވެއެވެ. އަދި ފެށުން ވަނީ ފަރުޟުންނެވެ.“ އަދިވެސް ވިދާޅުވިއެވެ: ”ނަބިއްޔު ﷺ އެދެރަކުޢަތް ކުރެއްވި ކަމުގައި އަހަރެމެންނަށް ރިވާޔަތެއް ފޯރާފައި ނުވެއެވެ.“

⚠️ވީމާ މާލިކު ގެ ބަސްފުޅަކީ އެކަލޭގެފާނަށް މިބާބުގައި ފޯރާފައިވާ އެއްޗެއްގެ މައްޗަށް ވިދާޅުވި ބަސްފުޅެކެވެ. އަދި އެކަލޭގެފާނު ނޫން ބޭކަލުން ފުށުން ޞައްޙަވެފައިވާ ގޮތުގައި ނަބިއްޔު ﷺ އެދެރަކުޢަތް ކުރެއްވިއެވެ.❝


— އިބްނު ރަޖަބް އަލްޙަންބަލީގެ ފަތުޙުލް ބާރީ
ޖ 3 ، ޞ. 331 - 336 (ބެލުމަށް)


~ ގަލަންދާނު


------------------------

[1] އަލްބުޚާރީ އާއި މުސްލިމް ރިވާކުރެއްވި އަބޫ ހުރައިރާ ގެ ޙަދީޘުން: ރަސޫލު ﷲ ﷺ ހަދީޘްކުރެއްވިޔޭ: (( مَنْ أَدْرَكَ رَكْعَةً مِنْ الصُّبْحِ قَبْلَ أَنْ تَطْلُعَ الشَّمْسُ فَقَدْ أَدْرَكَ الصُّبْحَ وَمَنْ أَدْرَكَ رَكْعَةً مِنْ الْعَصْرِ قَبْلَ أَنْ تَغْرُبَ الشَّمْسُ فَقَدْ أَدْرَكَ الْعَصْرَ)) "އިރު އެރުމުގެ ކުރިން ފަތިސްނަމާދުގެ އެންމެ ރަކުޢަތެއް ލިބުނު މީހާއަށްވެސް ފަތިސް ނަމާދު ލިބިއްޖެ އެވެ. އަދި އިރު އޮއްސުމުގެ ކުރިން އަސުރު ނަމާދުގެ އެންމެ ރަކުޢަތެއް ލިބުނު މީހާއަށް އަސުރު ނަމާދު ލިބިއްޖެއެވެ."

Читать полностью…

Galandān ގަލަންދާނު

ނަމާދު ކުރުން ނަހީ ވަޤުތުގައި ފަރުޟު ނަމާދު ޤަޟާ ކުރުމުގެ ޙުކުމް

— އިބްނު ރަޖަބް އަލްޙަންބަލީ


❞ އަލްބުޚާރީ ރިވާކުރެއްވި، އަބޫ ޤަތާދާގެ ޙަދީޘުގައިވާ ޤަޥްލު: (ހޭފުޅުލެއްވުނު އިރު، އިރުގެ ފުރަތަމަ ބައި ފެންނަވަރަށް އިރު އުދަރެހުން އަރައިފިއެވެ.) އެއަށްފަހު މިހެން ވިދާޅުވުމާއި ހަމައަށެވެ: (އަދި އިރުއަރައި އަލިގަދަވުމުން އެކަލޭގެފާނު ތެދުވެވަޑައިގެން ނަމާދުކުރެއްވިއެވެ.) [މިޙަދީޘް ގެ ދިވެހި ތަރުޖަމާ އަށް ބަލާ]

މި ޤަޥްލުން އެކަލޭގެފާނު ޤަޞްދުގައި ނަހީގެ ވަޤުތު ފާއިތުވުމާއި ހަމަޔަށް ލަސްކުރެއްވީ ކަމަށް ހީކުރެވިދާނެއެވެ.

އަދި ހަމަ އަލްބުޚާރީ އެކަލޭގެފާނުގެ "ޞަޙީޙު" ފޮތުގެ ފަހުކޮޅުގައި ރިވާކުރެއްވި (މިޙާދިޘާގެ) އެހެން ރިވާޔަތެއްގައި ވެއެވެ: ( فقضوا حوائجهم وتوضئوا إلى أن طلعت الشمس وابيضت ، فقام فصلى ) ”އެހެންކަމުން މީސްތަކުން ޤަޟާޙާޖާ ކޮށް ވުޟޫކުރުމުގައި ވިޔޭ އިރު (ފުރިހަމަޔަށް) އަރައި އަލިގަދަވުމާއި ހަމަޔަށް، އެއަށްފަހު އެކަލޭގެފާނު ތެދުވެވަޑައިގެން ނަމާދުކުރެއްވިއެވެ.“

🤚އަދި މި ޤަޥްލުން އެކަލޭގެފާނު ލަސްކުރެއްވީ ޤަޞްދުގައި ނޫންކަމާއި، އަދި ކިޔެއްތަ، މީސްތަކުން ޤަޟާޙާޖަ އަދައުކޮށް އަދި ވުޟޫއުކޮށް ނިމެންދެން މަޑުކުރެއްވުމަށް އެއްބަސްވެވުނީ ކަމަށް ދޭހަވެދާނެއެވެ. ޤަޟާޙާޖާ އަކީ ބަނޑު ހުސްކުރުމަށް ކިޔޭ ނުސީދާ ނަމެކެވެ.

އަދި އަބޫ ޤަތާދާގެ ފަރާތުން އޮތް މުސްލިމްގެ ރިވާޔަތުގައި ވަނީ، އިތުރުއެކަލޭގެފާނުން ﷺ ދަތުރު ކުރެއްވިޔޭ، އިރު އެއްކޮށް އެރުމާއި ހަމަޔަށް، ދެން ސަވާރީން ފައިބައިވަޑައިގެން ނަމާދުކުރެއްވިޔޭ އެވެ. (އެވާދީން ނިކުތުމަށް އަމުރުކުރެއްވީ ޝައިޠާނުން އެތަނުގައި ވާކަމަށް އަންގަވައެވެ.)

އަދި އައްނަސާއީ ޙަބީބު ބްނު އަބީ ޙަބީބުގެ ޙަދީޘް ތަކުން ރިވާކުރެއްވިޔޭ، ޢަމްރު ބްނު ހަރިމް އަރިހުން، ޖާބިރު ބްނު ޒައިދުގެ އަރިހުން، އިބްނު ޢައްބާސް އަރިހުން، އެކަލޭގެފާނު ވިދާޅުވިޔޭ: ރަސޫލު ﷲ ﷺ ރޭގަނޑު ދަތުރު ފައްޓަވައި ދެން (ދަންވަރަށް) މަޑުޖެއްސެވިއެވެ. ދެން އިރުއަރައްޖެއުމާއި ހަމަޔަށް ނުވަތަ ކޮންމެވެސް ވަރަކަށް އަރައިފައިވަނިކޮށް މެނުވީ ހޭފުޅުވަޑައި ނުގެންނެވިއެވެ. އަދި އިރު (އެއްކޮށް) އަރައްޖެއުމުން މެނުވީ ނަމާދު ނުކުރައްވައެވެ. ދެން ނަމާދު ކުރެއްވިއެވެ. މެދުނަމާދަކީ އެއީއެވެ.“

މުސްލިމް ވަނީ މި ޙަބީބު ފުށުން ޙަދީޘްތައް ރިވާކުރައްވާފައެވެ. އަދި އަޙްމަދު ވިދާޅުވިއެވެ: "އޭނާއާއި މެދު ގޯހެއް އަހަރެންނަށް އެނގޭން ނެތެވެ." އަދި ޔަޙްޔާ އަލްޤައްޠާން ވިދާޅުވިއެވެ: ”ޙަދީޘު ގައި އޭނާ ހުސިޔާރެއް ނޫނެވެ.“


⚠️ މީސްތަކުން (އެބަހީ: ޢިލްމުވެރިން) ވަނީ އިޚްތިލާފުވެފައިޔޭ ފާއިތުވީ ނަމާދުތައް ނަމާދު ކުރުން ނަހީ ވެފައިވާ ވަޤުތުތަކުގައި ޤަޟާއު ކުރުމާއިމެދު. ނަހީ އައިސްފައިވާ ފުޅާ ހަނި ވަޤުތުތަކުގައިވެސް އެވެ.

އެގޮތުން ބައިގަނޑެއް ބުނޫއެވެ: ނަހީގެ ވަޤުތުގައި ވަކިން ޚާއްޞަކޮށް އޭގެ ހަނި ވަޤުތުތަކުގައި ނަމާދު ޤަޟާއުކުރުން ނުވެއެވެ. ހަނި ވަޤުތުތަކީ، އިރުއަރަމުން ދާ ވަޤުތާއި، އިރުއޮއްސެމުންދާ ވަޤުތާއި، އިރުމެދުޖެހިފައިވާ ވަޤުތެވެ.

މިއީ އަބޫ ޙަނީފާ އައި އެކަލޭގެފާނުގެ އަޞްޙާބުންގެ ޤަޥްލެވެ. އަދި ސުފްޔާނުއް ޘަޥްރީ އަރިހުން އައިސްފައިވާ އެއް ބުނުމެވެ.

އަދި އެބޭކަލުން ހިއްޕެވީ (މަތީގައި ގެނެވުނު) އަބޫ ޤަތާދާ އާއި އިބްނު ޢައްބާސްގެ ޙަދީޘުގެ ބޭރުފުށު މާނައިގައެވެ.

މިހެން ކަމުން އެބޭކަލުން ބުނޫއެވެ: ފަތިސް ނަމާދުގައި ހުއްޓައި އިރުއަރައިފި މީހާ، އޭނާގެ އެނަމާދު ފާސިދުވެއްޖެއެވެ. އިހު ބުނެވުނު ފަދައިންނެވެ.

އަދި އިބްނު ޢައްބާސާއި ކަޢްބު ބްނު ޢުޖްރާ އާއި އަބޫ ބަކްރާ އަރިހުން މިފަދަ ބުނުމަކަށް ދަލީލުވާ ބަސްފުޅު ވާރިދުވެފައި ވެއެވެ.

އަދި އަހަރެމެންގެ ބައިވެރިން (ޙަންބަލީން) ގެ ތެރެއިން ފަހުގެ ބައެއް މީހުން ވިދާޅުވާ ކަމުގައި އަދި އޭގެ އިތުރުން އަޙްމަދުގެ އަރިހުންވާ އެއް ބުނުމުގައި، ފާއިތުވީ ނަމާދުތައް ނަހީގެ ވަޤުތުތަކުގައި ޤަޟާއު ނުކުރުމަށް ވިދާޅުވިޔޭ ވެއެވެ.

އަދި މިބުނުމެއް، އަޙްމަދުގެ އަރިހުން ޞައްޙަކޮށް އައިސްފައި ނުވެއެވެ.


ދެންފަހެ ޖުމްހޫރު ޢިލްމުވެރިންގެ ދެކިލެއްވުމަކީ: ފާއިތުވީ ނަމާދު ކޮންމެ ވަޤުތެއްގައިވިޔަސް ޤަޟާއު ކުރުމެވެ. އެއީ ނަހީގެ ވަޤުތަސް ނޫނީ އެނޫން ވަޤުތަކަސް އެވެ.

އަދި (މިފަދައިން) ޢަލީ އާއި އިބްނު ޢުމަރާއި އިބްނު ޢައްބާސާއި އަބޫ ޛައްރު އަރިހުން ރިވާވެފައިވެއެވެ.

އަދި މިއީ އައްނަޚަޢީ އާއި އައްޘަޥްރީ އާއި އަލްއަޥްޒާޢީ ކަނޑައެޅުއްވިގޮތެވެ. އައްޘައުރީގެ އަރިހުން އޮތް އެއް ބުނުމުގައެވެ. އަދި މިއީ މާލިކާއި އައްޝާފިޢީ އާއި އަޙްމަދުގެ ވެސް މަޛުހަބެވެ.
=

Читать полностью…

Galandān ގަލަންދާނު

#FithurathahRuhigen
❞ ސަލާމަތް ފިތުރަތާ ޚިލާފު، މި މުޑުދާރު ފިކުރުތަކަށް އޮތް އައްޑަނަ އަކީ: ﷲ سبحانه ގެ ޝަރުޢު އާއި، އެއިލާހުގެ ނަބިއްޔު ﷺ ގެ ސުންނަތުގައި ގަދައަޅައި ހިފެހެއްޓުމެވެ. ❝

~ ގަލަންދާނު
[🔗 HD pic]

Читать полностью…

Galandān ގަލަންދާނު

[ފޮޓޯ2] އަންހެނާގެ އިޙުރާމުގައި މަނާ ބާވަތްތަކާއި އޭގެ ތަފްޞީލް — ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

[ފޮޓޯ1] ފިރިހެނާގެ އިޙުރާމުގައި، "ފަހާފައި" ހުންނަ ހެދުން ލުމުގެ މާނައާއި އޭގެ ޙުކުމް — ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

📣 ❞ ކާފަރުންގެ އުފެއްދުންތައް ބޮއިކޮޓް ކުރުމުގައި، ވަކިން ޚާއްޞަކޮށް އެވެރިންގެ ތެރެއިން (އަޙުއްދެއްނެތް ހަނގުރާމައިގެ ޙާލަތުގައިވާ) މުޙާރިބުންގެ އުފެއްދުންތައް ބޮއިކޮޓް ކުރުމުގައި، އެވެރިންނަށް އަހުވަދެެއްކުމުގެ ⁽¹⁾ ބާވަތެއް ހިމެނެއެވެ. އަދި އެޢަމަލަކުން ﷲ އާއި ކުއްތަންވެވޭނޭ ⁽²⁾ އަޅުކަމުގެ ޒާތެއްވެސް ހިމެނެއެވެ. އަދި އޭގައި އެވެރިންގެ އިޤްތިޞާދު ބަލިކަށިކޮށްލުން ހިމެނެއެވެ. އަދި އެކަމުގައި އަލްވަލާއު އާއި އަލްބަރާއު ގެ އަޅުވެތިކަން (އެބަހީ: ﷲ އަށްޓަކައި ގުޅުންދަމަހައްޓައި ލޯބިވެ، ﷲ އަށްޓަކައި ގުޅުން ކަނޑައި ނަފުރަތުވުމުގެ އަޅުކަން) ފިޔަވައި އެއްޗެއް އެކުނުލެވުނަސް، (އެއީ ޘަވާބާއި ލާބަ ހުރި ޢަމަލަކަށް ވުމަށް) އެވަރު ފުދެއެވެ. ❝

— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން
(މަސްދަރު: اللقاء المفتوح (ބަސްކޮޅު))

~ ގަލަންދާނު

-----------------------

[1]  އަހުވަދެެއްކުން: (ހ) އުނދަގޫކުރުން (ށ) ރުޅިއެރުވުން (ނ) އަނިޔާގެ ގޮތުން ދަތިކުރުން (ދިވެހި ބަހުގެ ރަދީފު). {إغاظة} : މިއީ ޘަވާބު ލިބެނިވިކަމެއް ގޮތުގައި ތަޥްބާ ސޫރަތުގެ 120 ވަނަ އާޔަތުގައި ވެއެވެ.
[2] ކުއްތަންވުން: އަރިސްވުން

Читать полностью…

Galandān ގަލަންދާނު

③ 
އަދި ރާފިޟީންގެ ޢާންމުން މިކަމުގައި ފަރަޤު ނުވުން، މިއީ ސަޢޫދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ ވެސް ޤަޥްލެވެ. އަދި އެއްފަތުވާ އަށް ވުރެ ގިން ފަތުވާ މިކަން ޞަރީޙަކުރައްވައި އެބޭކަލުން ދެއްވާފައިވެއެވެ. އަދި އޭގައި އައްޝެއިޚް އިބްނު ބާޒާއި، އައްޝެއިޚް ޢަބްދުއްރާޒިޤް ޢަފީފީ އާއި، އައްޝެއިޚް ޢަބްދު ﷲ ބްނު ޣުދައްޔާނާއި އައްޝެއިޚް ޢަބްދު ﷲ ބްނު ޤަޢޫދު ހިމެނިލައްވައެވެ. އަދި މިއީ ޢަބްދު ﷲ ބްނު ޖިބްރީންގެ ވެސް ޤަޥްލެވެ. (ތަފްޞީލީ ފަތުވާތަކަށް ބައްލައްވާ)

އަދި މިއީ ޞާލިޙް އަލްފަޥްޒާން ގެ ޤަޥްލެވެ. އަދި ރާފިޟީންގެ ޙުކުމުގައި ޢާންމުންނާއި ޢިލްމުވެރިންނާއި ފަރަޤުވޭތޯ ސުވާލުވެވުމުން، އެސުވާލާއިމެދު އިންކާރު ކުރައްވައި އެވެރިންވެ ޙުކުމަކީ އެކައްޗެއް ކަމަށް އަދި ޤުރުއާން ފޯރުމުން ޙުއްޖަތް ވަނީ ޤާއިމުވެ ނިމިފައިކަމަށް ވިދާޅުވިއެވެ. އަދި އެވެރިންގެ ޢާންމުންނާއި ޚާއްޞުން ފަރަޤުކުރުމުގެ ބަހުޘްތަކަކީ (އިންކާރުވެވިގެންވާ) ފަލްސަފާވެރި ބަހުޘްތައް ކަމާއި އިރުޖާ ފިކުރު އަދި ޢިލްމީ ފުންނާބުނެތް އަހުލުންގެ ސަބަބުން ފެތުރިފައިވާ އެއްޗެއް ކަމުގައި ވިދާޅުވިއެވެ. (އޯޑިއޯ އަދި އިނގިރޭސި ތަރުޖަމާ )

އަދި މިއީ ޝެއިޚް ޢަބްދު ﷲ އައްސަޢްދުގެ ރައުޔެވެ. އެއީ އެވެރިންނަކީ ޖުމްލަކޮށް މުޝްރިކުން ކަމެވެ. އަދި މިއީ ޝެއިޚް ޢަބްދު ﷲ އަލްޣުނައިމާން ގެ ޤަޥްލެވެ. އަދި ފާޅުވާ އެއްޗަކީ މިއީ އައްޝެއިޚް ނާޞިރް އަލްފަހްދުގެ ޤަޥްލުކަމެވެ. އެގޮތުން ރާފިޟީން ކަތިލާ ތަކެތި ކެއުން ޙަރާމް ކަމަށް ފަތުވާ ދެއްވިއެވެ.

⚠️ އަދި ޢިލްމުވެރިންގެ ތެރެއިން ބައިގަނޑެއް އެވެރިންނަކީ އިސްލާމްކަމެއް ނެތް "އަޞްލު ކާފަރުން" ގޮތުގައިވެސް ކަނޑައެޅުއްވިއެވެ. އަދި މިއީ އިބްނު ބާޒުގެ ރައުޔެވެ. އަދި މިރައުޔުގެ ބޭކަލުން އޭގެ ޢާންމުންނާއި ޢިލްމުވެރިން ފަރަޤު ނުކުރައްވައެވެ.

އަދި ރާޖިޙު ރައުޔަކީ އެވެރިންނަކީ މުރުތައްދުން ކަމެވެ. އަދި މިގޮތުގައި އައްޝެއިޚް އަލްމުޙައްދިޘު ޙަމަދް އަލްޙުމައިދީ ފަތުވާ ދެއްވިއެވެ. އަދި އެފަތުވާ ނިންމަވާލެއްވުމުގައި ވިދާޅުވިއެވެ: ”ވީމާ އެވެރިންގެ ފިރިހެނުންނާއި އަންހެނުންނާއި ޢާންމުންނާއި ޢިލްމުވެރިންނީވެސް މިކަންތަކުގެ މައްޗަށް ކާފަރުންނެވެ...“ (ޢަރަބި ފަތުވާ ، އިނގިރޭސި ތަރުޖަމާ) . އަދި މިއީ ޢިރާޤާއި ޝާމްގެ މުޖާހިދުންގެ ޤަޥްލެވެ. އަދި "މަކްތަބަތުލް ބުޙޫޘި ވައްދިރާސާތި" އިން ނެރުއްވި "ޙުކުމުއް ޝަރީޢަތި ފީ ޠަވާއިފިއް ޝީޢަތި" (ޢަރަބި) ގައި ޝީޢީންނަކީ "އަޞްލީ ކާފަރުން" ކަމުގައި ބުނާ ޤަޥްލަށް ރައްދުދެއްވައިފައި ވެއެވެ. އަދި ދަލީލުތަކަށްފަހު އެދިރާސާގައި ވިދާޅުވެފައި ވެއެވެ: ”ވީމާ މިއީ، އިސްލާމް ދީނުގެ އެތަކެއް އަޞްލުތަކާއި އޭގެ އެތައް ޞިފަތަކެއް ބަދަލުކޮށްފައިވާ ބައިގަނޑުތަކުގެ ތެރެއިން މުރުތައްދު ކަމުގެ ބައިގަނޑެކެވެ.“ (ޞ. 19)

⚠️އަދި (މިފަތުވާގައި) އައްޠަރީފީ ގެ ރައުޔުގެ އަޞްލަކީ ޢާންމުންވީތީ ފަރަޤުކުރުމެއް ނޫނެވެ. އެގޮތުން ޢަރަބީންގެ ތެރެއިން ޝީޢީންގެ ޢާންމު މީހެއް ޢިލްމުވެރިޔެއް ކުފުރުގައި ފަރަޤެއް ނެތް ކަމަށް ވިދާޅުވިއެވެ. އަދި ޢަރަބި ނޭގޭ މީހުންނަށް ޙުއްޖަތް ޤާއިމު ކުރުމުގެ މައްޗަށެވެ. އަދި ހާމަވާ އެއްޗަކީ އައްޠަރީފީ އަކީ އަޞްލުއްދީނުގެ މަސްއަލަތަކުގައި ޢުޛުރެއް ނުވާ ކަމަށް ވިދާޅުވާ ބޭކަލެއް ކަމުން، ޝިރުކާއި ދީނުގެ ޟަރޫރަތުން އެނގޭން ހުރި އަޞްލު ތަކުގައި ޢާންމު މީހަކަށް ޢުޛުރު ނުދެއްވުމެވެ. އެބަހީ ޙުއްޖަތް ޤާއިމުކުރަން ނުޖެހުމެވެ. އަދި މިކަމާއި އެއްގޮތްވެގެންވަނީ އިހުބަޔާންވެވުނު އިބްނު ތައިމިއްޔާގެ ބަހުގެ މައްޗަށް ޢިލްމުވެރިން ގެންނެވި ތަފްޞީލުގެ ކަންތަކާއި އެވެ. އަދި އައްޠަރީފީ ވިދާޅުވިކަމުގައި ވެއެވެ: ”އިހުގެ ޝީޢީ އަށް މިހާރުގެ ރާފިޟީން ފެނިއްޖެނަމަ، އެވެރިން ކާފަރުކުރީހެވެ.“ —الله أعلم.


~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

މިޒަމާނުގެ ރާފިޟީ ޝީޢީންގެ ޢާންމުންނަށް ތަކްފީރުކުރުމުގައި ޙުއްޖަތް ޤާއިމުކުރުމީ ޝަރުޠެއްތޯ؟


❞ އަހަރެމެންގެ މިޒަމާނުގައި މިއޮތް "ޝީޢީން" ނަށް އިބްނު ތައިމިއްޔާ އާއި އޭގެ ކުރީގެ ޢިލްމުވެރިންގެ ބަސްތައް ގެނެސްފި މީހެއް އެކަންތައް އެކުރީ ގޯސްކޮށެވެ. އަދި އެވެރިންގެ މައްޗަށް ޙުކުމް ކަނޑައެޅޭ ސަބަބުގެ މައްޗަށް އެކަމުގައި ބަރޯސާނުކޮށްފިއެވެ. އެފަދަ މީހާ، އިބްނު ތައިމިއްޔާ ގެ ޒަމާނުގައި ތިބި ރާފިޟީންނާއި އަހަރެމެންގެ މިޒަމާނުގައި ތިބިމީހުންގެ ފަރަޤުތައް އަޅައި ނުކިޔައިފިއެވެ. އެހެނީ މަޖޫސީ ޞަފަވީ ދައުލަތުގެ ބިންގާ އެޅުނީއްސުރެ — މިއީ އިބްނު ތައިމިއްޔާ އަވަހާރަވީތާ ގާތްގަނޑަކަށް ސަތޭކަ އަހަރަށް ފަހު — ޝީޢީން ވަނީ ޒިންދީޤުންނަށްވެ ނިމިފައެވެ. އެއީ ޔަމަނުގެ ޒައިދީންނާއި ޢަރަބީންގެ ތެރެއިން ބަޔެއް ޝީޢީން މެނުވީއެވެ. އަދި މަޖޫސީ އިރާނީ ދައުލަތް ފުޅާވެ އެވެރިންގެ މުޑުދާރު ފިކުރު "ވިލާޔަތުލް ފަޤީހު" (ޣައިބުގައިވާ ކަމަށް ބުނާ މަހުދީ އައުމާއި ހަމަޔަށް ދީނާއި ދުނިޔޭގެ ކަންކަން ހިންގާނޭ ފިޤުހީ ވަލީވެރިޔާ، މިޒަމާނުގައި އެވާ ޚާމިނާއީ ގެ މަޤާމު) ގެ ދަށުން ފަތުރައި، އެވެރިންގެ ދައުވަތުން ބޭރުގައިވީ ކޮންމެ ޝީޢީއެއްވެސް އެވެރިންނަށް ބައިޢަތުދޭން ފެށިއެވެ. (މިޘާލަކަށް) ޚޫޘީން ގެ ކަންތަކަކީ އަހަރެމެންނާއި (ތާރީޚުން) މާދުރުނޫން ކަމެކެވެ. ހަމައެފަދައިން ޢިރާޤުގެ ޝީޢީންވެސް އެވެ. މީގެ މައްޗަށް ބަލައި، އިބްނު ތައިމިއްޔާ (ޝީޢީންގެ ތެރެއިން) އިސްމާޢީލީންނަށް ނުވަތަ ރާފިޟީންނަށް ނުވަތަ ޖުމްލަކޮށް ޝީޢީންގެ މައްޗަށް ނެރުއްވި ޙުކުމްތައް، މިހާރު އެވެރިންގެ މައްޗަށްވާ ޙުކުމާއި ތަފާތުވެގެން ވެއެވެ. ވީމާ އެ ޙުކުމް ތައް މިޒަމާނުގައި އެވެރިންގެ މައްޗަށް ނެރުން ހުއްދަ ވެގެން ނުވެއެވެ.

އެހެނީ، މިޒަމާނުގައި އެވެރިންގެ ތެރެއިން އެންމެން — ޢިލްމުވެރިންނާއި ޢާންމުންވެސް — ވަނީ އެއް މަޛުހަބެއް (ފިކުރެއް) މައްޗަށެވެ: ﷲ އަށް ޝަރީކުކޮށް، އެއިލާހުނޫން ފަރާތް ތަކަށް ދުޢާ ކޮށް، ސުންނަތަށް ރުޅިވެރިވެ، އަޞްޙާބުބޭކަލުން ތަކްފީރުކޮށް، އެވެރިންގެ ތެރެއިން ގިނަބަޔަކު ޤުރުއާން ވެސް އޮޅުވާލެވިފައިވާކަމަށް ބުނެއެވެ. އަދި އުއްމުލް މުއުމިނީން ތަކަށް އަޢިބުކިޔައެވެ. އަދި ސުންނަތުގައި ހިފަހައްޓާތީވެ އެވެރިން މިހިރަތިބެގެން އެންމެހާ ތަނެއްގައިވާ ސުންނީންނާއި ހަނގުރާމަކޮށް ޤަތުލު ކުރަނީއެވެ. އަދި އަންހެނުންގެ އިއްފަތް ފޭރެނީއެވެ. އަދި މިނޫން އެތައް (ޢުދުވާނެކެވެ.)

އެވެރިން އަހަރެމެން މިކުރާ ނަމާދެއް ނުކުރެއެވެ. އަދި އަހަރެމެންގެ ނަބިއްޔާ ﷺ ގެ ސުންނަތަކަށް ތަބަޢަ ނުވެއެވެ.

މިހުރިހާ ކަމަކަށްފަހު އަހަރެމެން ބުނަންވީ: ޝީޢީންނާއިމެދު އިބްނު ތައިމިއްޔާ އާއި ޢިލްމުވެރިން ބަސްފުޅުތަކުގައި އިޚްތިލާފެއްވެޔޭ ހެއްޔެވެ؟ ނުވަތަ މިއަށްފަހު ބުނަންވީ: އެވެރިންނަށް ތަކްފީރުކުރުމާއިމެދު ޢިލްމުވެރިން އިޚްތިލާފުވެލެއްވިއޭ ހެއްޔެވެ؟ އެވެރިންގެ ޢިލްމުވެރިން ތަކްފީރުކޮށް ޢާންމުން ތަކްފީރުކުރުމާއި މެދު އިޚްތިލާފުވެލެއްވިޔޭ ހެއްޔެވެ؟ ފަހެ އެވެރިންގެ ޢާންމުންނަކީ އެވެރިންގެ ޢިލްމުވެރިންނަށް ތަބަޢަވާ ބަޔެއް ފިޔަވައި ކޮންބަޔެއް ހެެއްޔެވެ؟ އެހެންކަމުގައި ވަނީނަމަ ޖަންނަތަށް ވަނުމުގެ ޕާސްޕޯޓާއި އެކު، އެވެރިންގެ ޢިލްމުވެރިންގެ ފަތުވާ ތަކުގެ މައްޗަށް (ސުންނީން) ޤަތުލުކޮށް ލޫޓުވައި މިހަދަނީ އެވެރިންގެ ޢާންމުން ފިޔަވައި ކޮންބަޔެއް ހެއްޔެވެ؟

ﷲ ގަންދީ ބުނަމެވެ. އެވެރިންގެ އެންމެންގެ ކުފުރާއިމެދު، އަހަރެމެން ހިތަކު އެއްވެސް ޝައްކެތް ނެތެވެ. އަދި އެމީހެއްގެ ފެނުން ﷲ ފުސްކުރައްވައިފައިވާ މީހެއް މެނުވީ އެވެރިންގެ ކުފުރާއިމެދު ޝައްކެތް ނުކުރެތެވެ. ❝


— އައްޝެއިޚް އަލްމުޙައްދިޘް ޑރ. ޚާލިދުލް ޙާޔިކު (ބަސްކޮޅު)

~ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

"ތިބާގެ މުސްތަޤްބަލަށް: މަގުޗާޓެއް" (hd)
~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

"ތިބާގެ މުސްތަޤްބަލަށް: މަގުޗާޓެއް"
~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

~ Galandān | #NakbaDay

Читать полностью…

Galandān ގަލަންދާނު

~ Galandān (Arabic)

Читать полностью…

Galandān ގަލަންދާނު

އުޟްޙިޔާ: ޙުކުމް، ތަޢްރީފު، ޝަރުޠު، ވަޤުތު

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

”ޛުލް ޙިއްޖާ މަހުގެ ދިހަ ދުވަހުގެ ތެރޭ ޝަރުޢު ވެފައިވާ އަޅުކަންތައް، ދެ ބަޔަކަށް ބެހެއެވެ:

⓵ މި ދުވަސްތަކުގައި މެނުވީ ޝަރުޢުވެގެން ނުވާ ވަކި ޚާއްޞަ އަޅުކަން ތައް؛ ޙައްޖު އާއި އުޟްޙިޔާ އަދި — ވަކި ޚާއްޞަ ސިފަޔެއްގައި ކިޔޭ — ތަކްބީރު ފަދަ.

⓶ މި ދުވަސްތަކާއި އެހެނިހެން ދުވަސްތަކުގައިވެސް ޢާންމު ގޮތެއްގައި ޝަރުޢުވެގައިވާ އަޅުކަންތައް؛ (ސުންނަތް) ރޯދަ އާއި ނަމާދާއި އަދި އެންމެހާ ކުއްތަން ވުމުގެ ޢަމަލުތައް — އެހެނީ މިތަކެތި ވަނީ މިދުވަސް ތަކަށް (އޭގެ މޮޅު އިތުރުކަން) ކަށަވަރުވެފާއި.“

ޝެއިޚް ޢަބްދު الله އައްސަޣްދު

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

#حديث_صحيح

عن أَبِي قَتَادَةَ قَالَ كُنَّا مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذْ قَالَ بَعْضُ الْقَوْمِ لَوْ عَرَّسْتَ بِنَا يَا رَسُولَ اللَّهِ قَالَ إِنِّي أَخَافُ أَنْ تَنَامُوا عَنْ الصَّلَاةِ قَالَ بِلَالٌ أَنَا أَحْفَظُكُمْ فَاضْطَجَعُوا فَنَامُوا وَأَسْنَدَ بِلَالٌ ظَهْرَهُ إِلَى رَاحِلَتِهِ فَاسْتَيْقَظَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَقَدْ طَلَعَ حَاجِبُ الشَّمْسِ فَقَالَ يَا بِلَالُ أَيْنَ مَا قُلْتَ قَالَ مَا أُلْقِيَتْ عَلَيَّ نَوْمَةٌ مِثْلُهَا قَطُّ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّ اللَّهَ عَزَّ وَجَلَّ قَبَضَ أَرْوَاحَكُمْ حِينَ شَاءَ فَرَدَّهَا حِينَ شَاءَ قُمْ يَا بِلَالُ فَآذِنْ النَّاسَ بِالصَّلَاةِ فَقَامَ بِلَالٌ فَأَذَّنَ فَتَوَضَّئُوا يَعْنِي حِينَ ارْتَفَعَتْ الشَّمْسُ ثُمَّ قَامَ فَصَلَّى بِهِمْ. (رواه البخاري (595) ومسلم (681) والنسائي (846) واللفظ له)
މާނައީ: އަބޫ ޤަތާދާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާ ވެގެންވެއެވެ. (ދަތުރެއްގައި) ތިމަން ބޭކަލުން، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ އެކުގައި ވަނިކޮށް ބައެއް ބޭކަލުން ދަންނަވައިފިއެވެ. “ﷲ ގެ ރަސޫލާއެވެ! ތިމަންބޭކަލުންނާއިގެން ވަރުބަލި ފިލުވާލައި އަރާމުކޮށްލުމަށްޓަކައި (ރޭގަނޑެއްގައި) މަޑުކޮށްލުން ކީއްތޯއެވެ؟” ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ތިޔަބޭކަލުން ނިދުމުގެ ސަބަބުން ނަމާދު ފާއިތުވެދާނޭ ކަމުގެ މައްޗަށް ތިމަންކަލޭގެފާނު ބިރުފުޅުގަނެއެވެ.” ބިލާލް ވިދާޅުވިއެވެ. “ތިމަންކަލޭގެފާނު ތިޔަކަންތައް ބަލާދޭނަމެވެ. (ނުނިދާ ހުރެ، ނަމާދު ވަޤުތު ޖެހުމުން ހުރިހާ ބޭކަލުން ހޭލައްވާނަމެވެ.)” ދެން އެބޭކަލުން އޮށޯވެވަޑައިގެން ނިދިކުރައްވައިފިއެވެ. ބިލާލުގެފާނު ރާޙިލާގައި ލެނގިލެއްވުމާއެކު އެކަލޭގެފާނުވެސް ނިދިޖެހިއްޖެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ހޭފުޅުލެއްވުނު އިރު، އިރުގެ ފުރަތަމަ ބައި ފެންނަވަރަށް އިރު އުދަރެހުން އަރައިފިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ބިލާލުގެފާނެވެ! އެހެން ވިދާޅުވެފައި ތިހެއްދެވީ ކިހިނެއް ހެއްޔެވެ؟ އެކަލޭގެފާނު ދެންނެވިއެވެ. “ދުވަހަކުވެސް ތިމަންކަލޭގެފާނަށް މިފަދަ (ގަދަ) ނިންޖެއް ކުރިމަތިނުވެއެވެ.” ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “އެއިލާހު އިރާދަކުރައްވާ ކޮންމެ ވަޤުތަކު އެއިލާހު ތިޔަބައިމީހުންގެ ފުރާނަތައް ހިއްޕަވަތެވެ. އަދި އެއިލާހު އިރާދަކުރައްވާ ކޮންމެ ވަޤުތަކު އެފުރާނަތައް އަނބުރާ ހަށިގަނޑުތަކަށް ރައްދުކުރައްވައެވެ. އޭ ބިލާލުގެފާނެވެ! ތެދުވާށެވެ! ނަމާދަށް ބަންގި ދެއްވާށެވެ!” ދެން ބިލާލުގެފާނު ތެދުވެވަޑައިގެން ނަމާދަށް ބަންގި ދެއްވިއެވެ. އަދި އެބޭކަލުން ވުޟޫކުރެއްވިއެވެ. އޭރު ހުރީ އިރު އަރައިފައެވެ. ދެން ނަބިއްޔާ ތެދުވެވަޑައިގެން އެބޭކަލުންނައިގެން ނަމާދު ކުރެއްވިއެވެ.“

(މިއީ މިޙަދީޘުގެ ރިވާޔަތް ތަކުގެ ތެރެއިން އައްނަސާއީ ރިވާކުރެއްވި އަބޫ ޤަތާދާގެ ރިވާޔަތުގެ ލަފްޒު)

Читать полностью…

Galandān ގަލަންދާނު


މިއެންމެ ބޭކަލުން ދެކިލެއްވީ ވަކި ޚާއްޞަ ވަޤުތުތަކެއްގައި ނަމާދު ކުރުން ނަހީ އައިސްފައިއޮތް އޮތުމަކީ ފަރުޟު ފިޔަވައިވާ ނަފްލު (ސުންނަތް) ނަމާދުތަކަށް ކަމުގައެވެ. ދަލީލެއް ގޮތުގައި އެކަން ކުޅައުމަށް އިތުރުއެކަލޭގެފާނުން ﷺ ކުރެއްވި އަމުރުފުޅަށް ބިނާކޮށެވެ. އެއީ ފަތިސް ނަމާދުން އެއްރަކުޢަތް ކޮށްފި މީހާ، ދެން އިރުއަރައިފިނަމަ، އެއާއި އެކު އަނެއް ރަުޢަތްވެސް ކުޅައުމަށެވެ. އަދި އޭރުން އޭނާއަށް ނަމާދު ފުރިހަމަ ވީ ކަމުގައެވެ. މިޙަދީޘު އިހު ޛިކުރުކުރެވިއްޖެއެވެ. ⁽¹⁾

އަދިވެސް ދަލީލު ގެންނަވަނީ އިތުރުއެކަލޭގެފާނުން ﷺ ގެ މިޙަދީޘްފުޅުގެ ޢާންމު މާނައިންނެވެ: ( مَنْ نَامَ عَنْ صَلاةٍ أَوْ نَسِيَهَا فَلْيُصَلِّهَا إِذَا ذَكَرَهَا ) رواه البخاري (597) ومسلم (684)
”ނިދިގެން ނުވަތަ ހަނދާން ނެތިގެން ނަމާދެއް ދޫކޮށްލެވިއްޖެ މީހާ ހަނދާންވި އިރަކުން އެ ނަމާދު ކުރާށެވެ.“

އަދި މިއީ އޭނާ އެއަށް ހަނދުމަވެއްޖެ ކޮންމެ ވަޤުތަކަށް ޢާންމު އެންގެވުމެކެވެ. ނަހީގެ ވަޤުތު ނޫނީ އެނޫން ވަޤުތެއް ވިޔަސް ފަރުވާލެއް ނެތިއެވެ.

⚠️ބަޔަކު ބުނާނަމަ: ތިބުނުމުން ނަހީގެ ވަޤުތުތަކުގައި ނަމާދު ކުޅައުން މަނައު ވުމުގެ ޢާންމު ޤަޥްލާއި ތަޢާރުޟު ވެޔޭ، އެހެނީ އޭގައި ނާފިލާ ނަމާދަކާއި ފަރުޟު ނަމާދެއް އިސްތިޘްނާ ކުރައްވާފައި ނުވެޔޭ.

އެއަށް ބުނެވެއެވެ: އެ އަމުރު އުފުލެވެނީ ނާފިލާއަށެވެ. އަދި ޢާންމު މަނަލުން ފަރުޟު ނަމާދު އެކަހެރި ކުރެވި އިސްތިޘްނާއެއް ދެވެއެވެ. އެއީ (އެނަމާދުގެ) ވަޤުތު އެހިނދުގައި ފަރުޟުވީކަން ދަލީލުކޮށެވެ. އެހެނީ އެކަން ކުޅައުން ނަހީގެ ވަޤުތުގައި ޖާއިޒުވެގެން ވެއެވެ. އެއީ ޢަސުރު ނަމާދުވެސް އިރުއޮއްސޭއިރު ކުރެވޭ ފަދައިން ނެވެ. އަދި މިކަމުގައި ޚިލާފެއް ނުވެޔޭ ސަމްރާ (ބްނު ޖުންދުބް) އަރިހުން މެނުވީއެވެ. އަދި ފަތިސް ނަމާދު ކުރަން ހުއްޓައި އިރުއުދަރެހުން އަރައްޖެ މީހާ، އެނަމާދު ފުރިހަމަކޮށް ނިންމާން އޮތް ދަލީލުގެ މައްޗަށްވެސް އެވެ. އަދި (ފިޤުހީ އުޞޫލު) ދެ ޢާންމު އަމުރެއް ތަޢާރަޟު ވާނަމަ، އަދި އެއިން އެކައްޗަކީ ލާޒިމުވެވޭ ވާޖިބެއް ކަމުގައި ވެފައި، އަނެކައްޗާކީ މަނައުވެވޭ މަނަލެއް ކަމުގައި ވާނަމަ، އިސްކުރުން ވަނީ ލާޒިމުވެގެންވާ ވާޖިބުކަމެވެ. އެހެނީ އެގޮތް ރައްކާތެރިއެވެ.

އަދި މީގެ މައްޗަށް (މިއުޞޫލުގެ މައްޗަށް) ދަލީލު ކުޮށްދެނީ: ނަމާދު ކުރައްވަން ހުންނެވި އަބޫ ސަޢީދުލް މުޢައްލިމީ އަށް ނަބިއްޔު ﷺ ގޮވާލެއްވުމުން، ސަލާމް ދިނުމަށް ފަހުގައި މެނުވީ އިޖާބަނުދެއްވީތީ، އެކަމާ، އިޖާބަދިނުން ފަސްކުރެއްވީތީ އިތުރުއެކަލޭގެފާނުން ނުރުއްސެވި ކަމެވެ. އަދި ޙަދީޘް ކުރެއްވިޔޭ: ﷲ ވަޙީ ނުކުރައްވައިހޭ: {اسْتَجِيبُوا لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمْ} (ﷲ އާއި رسول އާ ކަލޭމެނަށް އަމުރުކުރައްވައިފިއްޔާ ކަލޭމެން ﷲ އާއި رسول އާއަށް ޖަވާބުދޭށެވެ!)

މިއިން ދަލީލުކޮށްދެނީ، އެކަމެއް ލާޒިމުކޮށް ވާޖިބުކުރުވާ ޢާންމު ނައްޞުތައް އިސްވެޔޭ މަނައުކޮށް މަނައުކުރުވާ ޢާންމު ނައްޞުތަކުގެ މައްޗަށް — އަދި މިތާގައި އެއީ ނަމާދުގައި ވާހަކަދެއްކުމުގެ މައްޗަށް އޮތް ނަހީއަށެވެ.

މިއީ ހުއްދަ ނުވަތަ އެދެވިގެންވާ ކަންކަމުގެ މައްޗަށް ހުރި ޢާންމު ނައްޞުތަކާއި ޚިލާފަށެވެ. ފަހެ އެތަކެތި މަނައުކޮށް މަނައުކުރުވާ ޢާންމު ނައްޞުތަކުގެ މައްޗަށް އިސް ނުކުރެވޭ ހުއްޓެވެ. އެހެންކަމުން (އެފަދަ ނަމާދުތައް) ނަހީގެ ވަޤުތުތަކުގައި ނުކުރުމީ ގާތް ގޮތެވެ.

ދެންފަހެ، ސުންނަތުން އެކަމަށް ދަލީލުވާ ފަދައިން، އިމާމު މީހާ ޚުޠުބާ ދެނިކޮށް ކުރެވޭ ދެރަކުޢަތް، ހަމަކަށަވަރުން މިސްކިތުތެރެއަށް ވަންނަމީހާއަށް ވާ މިއަމުރުގެ ނައްޞު، އިމާމް މީހާ ޚުޠުބާ ދެނިކޮށް ނަމާދު ނުކުރުމަށް އޮތް ނައްޞާއި މުޑިއެރުމެއް ނުވެއެވެ.


އަދި މުސްލިމް ނަޤުލުކުރެއްވި އަބޫ ޤަތާދާގެ ޙަދީޘުގައި ވެޔޭ، އިތުރުއެކަލޭގެފާނުން އެނަމާދު ކުރެއްވީ އެހެން ހުރިހާ ދުވަހެއްގައިވެސް ކުރައްވާފަދައިންނޭ.

މިއިން ދަލީލުކުރަނީ، ފަތިސް ނަމާދު ކުރުންވަނީ އިތުރެއް އަދި މަދެއްވެސް ނުކޮށް އެހެން ހުރިހާ ދުވަހެއްގައިވެސް އެކުރާ ބީދާއިން ކަމެވެ.

އަދި ޛޫ މިޚްބަރް އަލްޙަބަޝީގެ ރިވާޔަތުގައި ވަނީ: ވިދާޅުވިޔޭ: ފަހެ އެކަލޭގެފާނު އަވަސްއަރުވައިލެއްވުމެއްނެތި އެނަމާދުކުރެއްވިޔޭ އެވެ.

އަދި މިތަކެތި އިބްނު ޢުމަރު އަރިހުން ރިވާވެފައިވާ ޙަދީޘަށް ރައްދުދެއެވެ. އެއީ އެދުވަހުގެ ފަތިހުގައި ނަބިއްޔު ﷺ އެބޭކަލުންނާއިއެކު ނަމާދު ކުރެއްވިޔޭ ، އެގޮތުން ކިޔަވާ ވިދާޅުވި {قل يا أيها الكافرون} އާއި {قل هو الله أحد} އޭ އެވެ. ދެން ޙަދީޘް ކުރެއްވިޔޭ: ( صليت بكم بثلث القرآن ، وربع القرآن ) ”ތިމަންކަލޭގެފާނުގެ ތިޔަބައިމީހުންނާއިއެކު މިނަމާދު ކުރީ ޤުރުއާނުގެ ތިންބައި ކުޅަ އެއްބަޔާއި ހަތަރުބައިކުޅަ އެއްބައިންނެވެ.“ އަދި ޙަދީޘް ކުރެއްވިޔޭ: ( إذا نسيت صلاة الفجر إلى صلاة العشاء فذكرتها ، [ فابدأ ] ، فإنها كفارتها ) ”ތިބާ އިޝާ ނަމާދާއި ހަމަޔަށް =

Читать полностью…

Galandān ގަލަންދާނު

ފޮޓޯ: ނަމާދު ކުރުން ނަހީ ވަޤުތުތައް
~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

(އެހެން ޕްލެޓްފޯމް ތަކަށް ޝެއަރ ކުރައްވާއިރު، HD ފޮޓޯ ޝެއަރ ކުރެއްވުން އެދެން.)

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

[ފޮޓޯ 2] އަންހެނާގެ އިޙްރާމް (hd ލިންކް)
~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

[ފޮޓޯ 1] ފިރިހެނާގެ އިޙްރާމް (hd ލިންކް)
~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

📣 ❝ Boycotting the products of the infidels, particularly those engaged in conflict (Muḥāribīn), is a way to unnerve them ⁽¹⁾ and a worship by which one draws closer to Allah, and it also includes weakening their economy. If it were nothing but a demonstration of the servitude in loyalty and disavowal ⁽²⁾, that alone is enough. ❞

— Shaykh Sulaymān Al-ʿAlwān (text)
~ Galandān

----------------------------
[1] Annoyance as a worship: See Sūrah 9 (Al-Tawbah) verse 120
[2] The concept of loyalty and disavowal (al-wala’ wa’l-bara’) and its importance (See: Islamqa fatwa no 337640)

Читать полностью…

Galandān ގަލަންދާނު


ނޯޓް: އިބްނު ތައިމިއްޔާ ގެ ފަތުވާގައިވެސް، އަޞްޙާބު ބޭކަލުން ޖުމްލަކޮށް ފާސިޤު ވެދިޔަ ކަމަށް، ނުވަތަ ކާފަރުވީ ކަމަށް، ނޫނީ މަދުބޭކަލެއް މެނުވީ ކާފަރުވީ ކަމަށް ދެކޭ މީހުންގެ ކުފުރާއިމެދު އަރައިރުމެއް ނުވެއެވެ. އަދިކިއެއްތަ، އެވެރިންގެ ކުފުރާއިމެދު ޝައްކު ކުރާ މީހެއްގެ ކުފުރުވެއްޖެ ކަމަށް އިބްނު ތައިމިއްޔާ ވިދާޅުވިއެވެ. އަދި މިއީ އިބްނުލް ޢުޘައިމީންގެ ވެސް ބަހެވެ. ވީމާ ރާފިޟީންގެ ޢާންމުންނާއިމެދު އޮތް އެފަތުވާގައި މި ޙާލަތުގައި ވާ ބަޔެއް ނުހިމެނެއެވެ. ހަމައެފަދައިން އުއްމުލް މުއުމިނީން ޢާއިޝާ رَضِيَ ٱللَّٰهُ عَنْهَا އަށް ޤަޒްފު ކުޅައުން ގަބޫލު ކުރާ ފަރާތެއްވެސް އެ އިސްތިޘްނާގައި ނުހިމެނެއެވެ. (އިތުރު ތަފްޞީލު: އިސްލާމް ސުވާލާއިޖަވާބު 113676)

އަދި ޝީޢީންގެ (ރާފިޟީން އެބައިގަނޑެއްގައި ހިމެނޭ) އިމާމިއްޔާ އަށް ޝެއިޚުލް އިސްލާމް ތަކްފީރު ނުކުރައްވާތޯ ސުވާލުވެވުމުން އަލްޢަލްވާން ވިދާޅުވިއެވެ: އެކަމުގައި ޞަރީޙަބަހެއް ޝެއިޚުލް އިސްލާމްގެ އައިސްފައި ނެތް ކަމާއި އެހެން ކަމުން ތަކްފީރު ކުރެއްވިޔޭ ބުނާ މީހުންނަށްވެސް ނުވަތަ ނުކުރައްވާޔޭ ބުނާ މީހުންނަށްވެސް އެގޮތަށް މާނަކުރެވެން އޮތް ކަމަށެވެ. އެހެނަސް މީގެ މާނައީ ޝެއިޚުލް އިސްލާމް އެކަމުގައި ޙުކުމެއް ނުދެއްވާ ކަމުގައި ނޫން ކަމެވެ. އެހެނީ އެކަލޭގެފާނު ވަނީ އެފަދަ ކުފުރުގެ ޢަމަލުތަކުގެ މައްޗަށް ނިޔާކަނޑައަަޅުއްވައިފައި ކަމެވެ. މިޘާލަކަށް އަޞްޙާބު ބޭކަލުންގެ ނަބިއްޔާ ﷺ އަށް ފަހު މުރުތައްދުވީ ކަމަށް އަދި މަދުބަޔެއް ނޫނީ ސަލާމަތް ނުވާ ކަމަށް ބުނާ މީހުން މުރުތައްދުވެގެންވާކަމަށް "އައްޞާރިމުލް މަސްލޫލު" ގައި އިޖުމާޢު ނަޤުލު ކުރެއްވިކަމެވެ. އަދި މިއީ އިމާމިއްޔާއިންގެ އަޤީދާގެ ތެރެއިން އެންމެ ބޮޑު އެއްކަންތައް ކަން އަހަރެމެންނަށް އެނގެއެވެ. އަދި މިއިން އިމާމިއްޔާއިންނަށް އެކަލޭގެފާނު ތަކްފީރު ކުރެއްވިކަމަށް ބުނާ މީހުންނަށް، ބާރެއް އެބައޮތެވެ. އަދި މިއިން ނެގެނީ، އެކަމުގައި ޝެއިޚުލް އިސްލާމް ތަކްފީރު ކުރެއްވީ މައްސަލަ ތަކުގެ މައްޗަށް ކަމެވެ. އަދި ބައިގަނޑުތަކުގެ (ނަމުގެ) މައްޗަށް ނޫން ކަމެވެ. (ޚުލާޞާކޮށް ، އަޞްލަށް ރުޖޫޢަވޭ)


✏️ އަހަރެން ބުނަމެވެ: ރާފިޟީންގެ ކުފުރާއި މެދު ދެބަސް ވުމެއް ނެތެވެ. އަދި ބައެއް ޢިލްމުވެރިން އެވެރިންގެ ޢާންމުންނަށް ތަކްފީރު ކުރެވުން ވަނީ ޙުއްޖަތް ޤާއިމު ކޮށްފައި ކަމަށް ލާޒިމު ކުރެއްވުމީ، އެވެރިންގެ ކުފުރުގެ މައްޗަށް ދެބަސް ވުމެއް ނޫނެވެ. އަދި ފަހުގެ ޢިލްމުވެރިންގެ ބޮޑު ބައިގަނޑެއް ރާފިޟީންގެ ޢާންމުންނާއި ޚާއްޞުން ޖުމްލަކޮށް ތަކްފީރު ކުރެއްްވުމުގައި ފަރަޤު ނުކުރައްވައެވެ:

އަދި ޝެއިޚް ސުލައިމާން އަލްޢަލްވާން، އަދުގެ ރާފިޟީންގެ ޙަޤީޤަތާއިމެދު ލިޔުއްވި ރިސާލާ ”ތަބްޞީރުން ބިވާޤިޢިއް ރާފިޟާ" ގައި، ރާފިޟީން އަރައިގަނެފައިވާ ކުފުރުތަކުގެ ތެރެއިން މުސްލިމުން އެއެއްމައްޗަށް އިޖުމާޢުވެފައިވާ 9 ކަންތައް ގެންނެވުމަށް ފަހު ވިދާޅުވިއެވެ: ”.. އަދި ބޮޑުމަހަކާއި ބޮނޑަކާއި އެއްފަދަ ނުވާފަދައިން އިސްލާމް ކަމާއި އެއްނުވާނޭ މިނޫން މިފަދަ އެތައް ބޮޑު ކުފުރު ތަކެކެވެ. އަދި މިއީ ހަމައެކަނި އެވެރިންގެ ތެރެއިން ބައިގަނޑެއްގެ ޤަބޫލު ކުރުންތަކޭ، ގިނަ މީހުންގެއެއް ނޫނޭ ބުނެއްޖެ މީހާ، އެހެރީ އޮޅުމެއްގައެވެ. ފަހެ މިއީ އެވެރިންގެ ޚާއްޞަމީހުންނާއި ޢާންމު މީހުންގެ، ބޮޑުންނާއި އާދައިގެ މީހުންގެ އެއްބަސްވުމެވެ. ވަކިން ޚާއްޞަކޮށް އަޅުކަމުގެ ތަޥްޙީދުގައި ކުރާ ޝިރުކާއި އަޞްޙާބު ބޭކަލުންނަށް ކުރާ ތަކްފީރުގައެވެ..“

އަދި އައްޒަރްޤާވީ، އަލްމަޤްދިސީއަށް ފޮނުއްވެވި ރިސާލަތުގައި ވެއެވެ: ”އަދި އިބްނު ތައިމިއްޔާ އެކަލޭގެފާނުގެ ޒަމާނަށް ދެއްވި ފަތުވާ، ގެނެސް އަދުގެ ރާފިޟީންގެ ޙަޤީޤަތާއި ޙާލަތުގެ މައްޗަށް އެބުނުމީ ބޭއިންސާފެކެވެ. — އެއީ ދެޒަމާނުގެ ފަރަޤަށް ނުބަލައި އެކަން ކުރުމެވެ. އަދި ކިއެއް ހެއްޔެވެ؟ ރާފިޟީންގެ ވަކިފަރުދުން ކުފުރު ވުމާއިމެދު ވިދާޅުވެފައިވާ ޢިލްމުވެރިން އެބަތިއްބެވިއެވެ. އޭގެތެރޭގައި، އައްޝެއިޚް ޙަމޫދުލް ޢަޤްލާއު رحمه الله އާއި އައްޝެއިޚް ސުލައިމާން އަލްޢަލްވާން އަދި އައްޝެއިޚް ޢަލީ އަލްޚުޟެއިރު (فك الله أسرهما) އާއި، އައްޝެއިޚް އަބޫ ޢަބްދު ﷲ އަލްމުހާޖިރު އާއި އައްޝެއިޚް އައްރަޝޫދު رحمه الله އަދި އެނޫން އެފަދަ ޢިލްމުވެރިން ވެއެވެ.“
=

Читать полностью…

Galandān ގަލަންދާނު

📝ދީން ފޯރުކޮށްދިނުމަކީ ވާޖިބުތަކުގެ ތެރެއިން އެންމެ ބޮޑު އެއްވާޖިބެވެ. އަދި މުހިއްމުތަކުގެ ތެރެއިން އެންމެ މުހިއްމު އެއްކަމެވެ.

(ހެޔޮކަންތަކުން) މަޙުރޫމުވެފައިވާ މީހެއް މެނުވީ އެއިން އެއްކިބާވެ ނުހުރެއެވެ. އެކަން އަދައު ކުރުމީ ވާޖިބެކެވެ. ކޮންމެ މީހެއްވެސް އެމީހަކަށް އެނގޭ މިންވަރަކުންނެވެ. އޭނާއަށް އެނގެނީ ފަޟާއިލާއި ސުންނަތް ތަކާއި އަދަބުއަޚުލާޤުތައް އެކަނި ކަމުގައި ވިޔަސް އެވެ.⁽¹⁾ ކޮންމެ މީހަކީވެސް އެމީހަކަށް ވުރެ ޢިލްމުގައި ދަށް މީހެއްގެ މައްޗަށް ފަޟުލުވެރިކަމެއް ލިބިފައިވާ މީހެކެވެ. ވީމާ (މިޢިލްމު) ފޯރުކޮށްދިނުމުގެ ބާބު ގެ ސުންނަތް ކުޑަ އެއްޗެއް ކަމުގައި ނުހަދާށެވެ.

ފަހެ ކޮންމެ ޢިލްމެއް ގައިވެސް (އޭގެން ނެރުން ޙައްޤު) ޒަކާތެއް ވެއެވެ. އަދި ޢިލްމު ފޯރުކޮށްދިނުމުގައި (މިޒަކާތް ވާޖިބުވެގެންދާ) ވަކި ނިޞާބެއް ނުވެއެވެ. (އެބަހީ: ކިތަންމެ ކުޑަ އެއްޗެއް ލިބިފައިވިޔަސް އެ ފޯރުކޮށްދިނުމުގެ ޙައްޤުވެއެވެ.) އަދި ދީނުގެ ހައިބަތާއި އެޢިލްމެއް ގުޅޭވަރަކުން އޭގެ ޒަކާތުގެ ވާޖިބުކަންވެސް ބޮޑުވެއެވެ. މިޘާލަކަށް އިސްލާމް ކަމުގެ ރުކުންތަކާއި ގުޅުން ހުރި ޢިލްމެވެ. އޭގެ ތެރެއިން އެކައްޗަކީ ނަމާދެވެ. ވީމާ އެޔާއި ގުޅިފައިވާ ކަންކަމުގެ ތެރެއިންވަނީ ނަމާދުގެ ޝަރުޠު ތަކެވެ. އަދި މިފޮތުގައި އަހަރެމެން ގެނެސްދީފައި މިވަނީ ނަބިއްޔު ﷺ ގެ ވުޟޫއުގެ ޞިފަ އެވެ. އަދި މިކަން ގުޅިފައިވަނީ އިސްލާމް ދީނުގެ ރުކުންތަކުގެ ތެރެއިން ޢަމަލީގޮތުން އެންމެ ހައިބަތުބޮޑު ރުކުނާއި އެވެ. (އެބަހީ، ނަމާދާއިއެވެ.) ❝


— ޢަބްދުލް ޢަޒީޒް އައްޠަރީފީ (صفة وضوء النبي ﷺ ޞ. 168)

~ ގަލަންދާނު

-------------------------------
[1] ފަޟާއިލު ތަކީ؛ ލާބަޔާއި ޘަވާބު ހުރި މާތް ޢަމަލުތަކެވެ. އަދި ސުންނަތޭ މިތާނގައި މިވަނީ ފިޤުހީ މާނައިގައިވާ ސުންނަތެވެ. ވާޖިބަކަށް ނުވާ ކުރުމުން ޘާވާބު ލިބޭ ކަންކަމެވެ. އަދި މުރާދަކީ ، އިސްލާމީ މުޖުތަމަޢުއެއްގެ ދޭދޭ ފަރުދުންގެ މެދުގައި އެނގޭ އެންމެ އަސާސީ ޢިލްމުތަައް އެކަނި އެނގޭ މީހެއް ކަމުގައި ވިޔަސް، އެޔެއް އަނެކުންނަށް ފޯރުކޮށްދިނުމެވެ.

Читать полностью…

Galandān ގަލަންދާނު

⬇️"ޤިޔާމަތް ދުވަސް، ހަމަކަށަވަރުން ވަނިވި ދުވާސް" — އުސްތާޛް އާދަމް ނަސީމް (ބީއޭ ނަސީމް) (pdf)

Читать полностью…

Galandān ގަލަންދާނު

Fatwā: "Aiding a Muslim Nation whose ruler is an infidel, over an aggressive Kaafir Nation"

— Sulaymān bin Nāsir Al-Alwān

~ galandhaanu

#NakbaDay

Читать полностью…

Galandān ގަލަންދާނު

~ Galandān (Arabic)

Читать полностью…

Galandān ގަލަންދާނު

~ Galandān (Arabic)

Читать полностью…
Subscribe to a channel