qalandhar | Unsorted

Telegram-канал qalandhar - Galandān ގަލަންދާނު

1843

ޢިލްމު އަދި އެއަށް ލޯބިކުރާ ދަރިވަރުންނަށް Notes by, ibn Fahmī Dīdī عفا الله عنه Friends & family

Subscribe to a channel

Galandān ގަލަންދާނު

•••
އަލްބުހޫތީ ވިދާޅުވިއެވެ:

❞ ⌝ޢިލްމުވެރީންގެ⌜ ދެބަސްވުމެއް ނެތް ގޮތުގައި، ހުކުރު ނަމާދުގެ އާޚިރު ވަޤުތަކަކީ، މެންދުރު ނަމާދުގެ އާޚިރުވަޤުތެވެ.❝ اهـ. ”ކައްޝާފުލް ޤިނާޢި“ (2/28)

އަހަރެން ބުނަމެވެ: ވީމާ އިރުމެދުން ވީއްލުމަށްފަހު، މެންދުރު ވަޤުތު އަވަދިނުވަނީސް ހުކުރުކޮށްފި މީހާ، ވަޤުތުން ބޭރުވެއްޖެކަމަށް ބުނުމީ އިޖުމާޢުއާ ޚިލާފުވުމެކެވެ.

ފަހެ އެނަމާދުގެ ވަޤުތަކީ މެންދުރުނަމާދު ވަޤުތުކަމާއި އިރުމެދުން ނެއްޓުމަށް ފަހުގައި ކަމުގެ މައްޗަށް އިޖުމާޢު ގެންނެވި ބޭކަލުންގެ ތެރޭ: އިބްނުލް މުންޛިރު⁽¹⁾ އާއި، އިބްނު ޢަބްދުލް ބައްރު⁽²⁾ އާއި، އިބްނުލް ޢަރަބީ⁽³⁾ އާއި، އިބްނު ޤުދާމާ⁽⁴⁾ އާއި އައްޒައިލަޢިޔު⁽⁵⁾ އަދި އައްޒަރްކަޝިއްޔު⁽⁶⁾ ހިމެނިވަޑައިގަންނަވައެވެ.

އިބްނު ޢަބްދުލް ބައްރު ވިދާޅުވިއެވެ: ”މެންދުރު ނަމާދުގެ ވަޤުތުގެ ތެރޭގައި ⌝ހުކުރު⌜ ކޮށްފިނަމަ، އެނަމާދުގެ ވަޤުތުގައި އެނަމާދު އަދައުކޮށްފި ކަމުގެ މައްޗަށް އެއުރެން (އެބަހީ: ޢިލްމުވެރިން) އިޖުމާޢުވެލެއްވިއެވެ.“

~ގަލަންދާނު

--------
(1) الأوسط 3/48
(2) التمهيد 8/73
(3) عارضة الأحوذي 2/292
(4) المغني 2/219
(5) تبيين الحقائق 1/219
(6) شرح الزركشي على مختصر الخرقي 2/164

Читать полностью…

Galandān ގަލަންދާނު

🔺

އަލްވަލާއު (އެކުވެރިކަމާއި ވާގިވެރިވުން) ބިމުގެ މައްޗަށް ވީނަމަ، ނަބިއްޔާ ﷺ މައްކާ ދޫނުކުރެއްވީހެވެ.

ޤަބީލާއަށްޓަކައި ވީނަމަ، ޤުރައިޝުންނާއި ހަނގުރާމަ ނުކުރެއްވީހެވެ.

ޢާއިލާއަށްޓަކައި ވީނަމަ، އަބޫ ލަހަބުގެ ފުށުން ބަރީއަވެ ނުލެއްވީހެވެ.

އެހެނަސް <<ޢަޤީދާ>> ލެޔާއި ވެއްޔަށް ވުރެ މާ ލޮބުވެތި ވެގެންވެއެވެ.

~ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

📌ދަތުރަކު ނިކުންނަ މީހާ، ގާތްތިމާގެ މީހުންނާއި އަވަށްޓެރިންނާއި އެކުވެރިންނަށް އަލްވަދާޢު ކިޔައި ހިތްހަލާލު ހޯދުމުގެ މާތްކަން.


#حديث_صحيخ

އިބްނު ޢަބުދިލް ބައްރު "بهجة المجالس" ގައި ވިދާޅުވެފައިވެއެވެ: "ތިޔަބައިމީހުން ކުރެ މީހަކު ދަތުރެއްގައި ނުކުމެއްޖެނަމަ، އެމީހެއްގެ އަޚުންނަށް އަލްވަދާޢު ކިޔާ ހުށި ކަމެވެ. ހަމަކަށަވަރުން އޭނާގެ އަޚުންގެ ދުޢާގައި މާތް ﷲ ބަރަކާތް ލައްވާފައިވެއެވެ.“

ސާލިމް ބުނު ޢަބްދިﷲ ބުނު ޢުމަރުގެ އަރިހުން ރިވާވެގެން ވެއެވެ: އެކަލޭގެފާނު ވިދާޅުވިއެވެ: ”ތިމަންކަލޭގެފާނުގެ ބައްޕަ ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހު- އަށް މީހަކު ދަތުރަކު ފުރަން އުޅޭކަން އެނގި ވަޑައިގެންފިނަމަ އެމީހެއްގެ ގާތުގައި ވިދާޅުވެއެވެ. ”ރަސޫލު ﷲ ﷺ ތިމަންމެންނަށް އަލްވަދާޢު ވިދާޅުވި ގޮތަށް ތިބާ އަށް އަލްވަދާޢު ކިޔުމަށް ޓަކައި ގާތްވެލާށެވެ.“ ދެން ވިދާޅުވެއެވެ: «أَسْتَوْدِعُ اللَّهَ دِينَكَ وَأَمَانَتَكَ وَخَوَاتِيمَ عَمَلِكَ» ”ތިބާގެ ދީނާއި، ތިބާގެ އަމާނަަތާއި، (ތިބާގެ އަހުލުވެރިންނާއި، ތިބާ މީސްތަކުންނާއި ހަވާލުކޮށްފައިވާ އަމާނާތް ) އަދި ތިބާގެ އެންމެ ފަހު ޢަމަލު ، މާތް ﷲ އާއި ހަވާލުކުރަމެވެ.“

ރިވާކުރެއްވީ އައްތިރުމިޛީ (3443) ގައެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ: ”މިސަނަދުން މިޙަދީޘު މ، ޙަސަން ޞަޙީޙު ޣަރީބެވެ.“ ⁽¹⁾


🟥”ކުނޫޒު ރިޔާޟުއް ޞާލިޙީން“ ގައި ބަޔާން ވެވުނު ޙަދީޘުގެ ދަށުން ވެއެވެ:

📝 މިޙަދީޘުން ނެގޭ ފިޤުހު:

ދަތުރުފަތުރުގެ އަދަބުތައް: އައްނަވަވީ އެކަކޭގެފާނުގެ ފޮތް "އަލްމަޖްމޫޢު" އަދި "އަލްއަޛްކާރު" ގައި ⁽²⁾ ދަތުރުފަތުރުގެ އަދަބުތައް ޛިކުރު ކުރެއްވިއެވެ. އޭގެތެރެއިން އަންނަނިވި ކަންކަން ބަޔާން ކޮށްލުން މުޙިއްމެވެ:

1. މުސާފިރު ޙައްޖަށްޓަކައި ނުވަތަ ހަނގުރާމައަށްޓަކައި ނޫނީ އެނޫން ކަމެއްގައި ވިޔަސް ދަތުރަކަށް ޢަޒުމު ކަނޑައަޅާ ހިނދު، އޭނާ އެކަންތައް ފަށައިގަތުން ވަނީ އެންމެހާ އުރެދުންތަކުން ތަޥްބާވުމުންނެވެ. އަދި ޚަލްޤުތަކުންނަށް ވެއްޖެ ބޭއިންސާފާއި އަނިޔަލަކުން ސާފުވެގަތުމުންނެވެ. އަދި ކެރިކުޅަދާނަވީ ވަރަކުން ދޭން ހުރެއްޖެ ދަރަންޏެއް ދައްކައި އަތުގައި ހުރެއްޖެ އަމާނަތެއް ރައްދުކޮށްގެންނެވެ. އަދި އޭނާ އާއި އެކު މުޢާމަލާތެއް ކުރިޔަށް ދާ އެންމެހާ މީހެއްގެ މުޢާމަލާތެއް ނޫނީ ބައިވެރިވުމެއް ޚަލާސް ކޮށްގެންނެވެ. އަދި އޭނާގެ ވަޞިއްޔަތް ލިޔެ އެއަށް ހެކިވެރިން ހެކިކުރުވައިގެނެވެ. އަދި ނުދެއްކި ހުރެއްޖެ ދަރަންޏެއް ނަމަ އެއާއި ހަވާލުވާނޭ ޒިންމާދާރެއް ޢައްޔަނުކުރުމެވެ. އަދި އޭނާ ގެ ޢާއިލާއާއި އޭނާ ގެ ޒިންމާގެ ދަށުގައި ވާ ބަޔަކަށް ދަތުރުން ރުޖޫޢަވުމާއި ހަމަޔަށް ބޭނުންވާނޭ ޚަރަދުތައް ހަމަޖައްސައިދިނުމެވެ. އަދި ސުންނަތް ކަންތައް ތަކުގެ ތެރޭގައި، ﷲ تعالى ޙަޟުރަތަށް އިސްތިޚާރާ ކުޅައުން ވެއެވެ. އެގޮތުން ފަރުޟު ނަމާދު ނޫން ދެރަކުޢަތް ނަމާދެއް ކޮށް އަލްއިސްތިޚާރާ ގެ ދުޢާ ކުރުން ވެއެވެ. އަދި މައިންބަފައިންނާއި އެބަޔަކަށް ކަމޭހިތައި ކިޔަމަންގަންނަން ޖެހޭ ފަރާތް ތަކުގެ ރުހުން ހޯދުން ވެއެވެ.⁽³⁾

2. އޭނާގެ އަހުލުންނާއި އަވަށްޓެރިންނާއި އެކުވެރިންނާއި އެންމެހާ ލޯބިވާ ފަރާތްތަކަށް ވަކިވުމުގެ ސަލާމް (އަލްވަދާޢު) ކިޔުން މުސްތަޙައްބު ވެގެންވެއެވެ. އަދި އެއިން ކޮންމެ މީހެއް އޭނާގެ މިއެކުވެރިޔާއަށް: أَسْتَوْدِعُ اللَّهَ دِينَكَ وَأَمَانَتَكَ وَخَوَاتِيمَ عَمَلِكَ [زودك الله التقوى، وغفر لك ذنبك، ويسر الخير لك] — އޭ ކިޔައި މިބާބުގައިވާ ދުޢާތައް ކޮށްދިނުން ވެއެވެ.



ـــــــــــــــــــ
[1] އަލްޢުޞައިމީ ވިދާޅުވިއެވެ: ”މިޙަދީޘު ރިވާކުރެއްވީ އައްނަސާއީ ފިޔަވައި ސުނަން ފޮތްތަކުގެ ބޭކަލުންނެވެ. އޭގެ ސަނަދު ޞައްޙައެވެ.“ ފަހަދުއް ސުނީދު ވިދާޅުވިއެވެ: ”މިޙަދީޘު ޞައްޙައެވެ.“ އައްސަޢްދު ވިދާޅުވިއެވެ: ”ދަތުރުވެރިޔާއަށް އަލްވަދާޢު ކިޔުމުގެ ސުންނަތް ގޮތަކީ މިއީއެވެ.“
[2] ތަފްސީލަށް: އަލްއިމާމް އައްނަވަވީ ގެ ”المجموع شرح المهذب“ ۱۸٦/٤ - ۲۰۱ ، އަދި ”الأذكار المنتخبة من كلام سيد الأبرار“ (ت: محيي الدين مستو) ص ٢٤٤ - ٢٥٨.
[3] ބަލައިހޯދުމަށް: ކުވެއިތުގެ ”الموسوعة الفقهية“ ٤٠/٢٥-٤١.

Читать полностью…

Galandān ގަލަންދާނު

ޢީދު މަރައި ނުލާށެވެ!

ހިތްދަތި މަދަހަ ތަކާއި ޢިބާރާތްތަކުން ޢީދުގެ އުފާވެރިކަން މަރައި ނުލާށެވެ. އަދި ހިތާމަވެރިކަން ގެނުވާ ޙާލަތްތަކަށް ގޮވުމުންވެސް މެއެވެ. އެހެނީ މި މާތްވެގެންވާ ޢީދުގައި އުފާ ފާޅުކޮށް ހިތްއުފާ ކުރުމަކީ ދީނުގެ ތެރެއިން ވާ ކަމެކެވެ.

ފަހެ ރަސޫލު ﷲ ﷺ ވީ މީސްތަކުންގެ ތެރެއިން އެބޭކަލަކަށް، އެބޭކަލެއްގެ އަހުލުންނާއި އަޞްޙާބުންނާއި އުއްމަތް އެންމެ ބޮޑަށް އިމްތިޙާނު ކުރެވުނު ބޭކަލަށެވެ. އަދި މިއާއި އެކުވެސް، ޢީދު ދުވަހު އެކަލޭގެފާނު އުޖާލާ ކަމާއި އުފާވެރިކަން ފާޅުކުރައްވައެވެ.

އަދި އެންމެ ހައިރާން ކުރުވަނިވި އެއްކަމަކީ، ބައެއް މީހުން ﷲ އެއަކަށް އަމުރެއް ދެއްވާފައިނުވާ މުސްލިމުން ނޫން މީހުންގެ މުނާސަބާތަކުގައި އުފާވެރިކަން ފާޅުކުރާކަމެވެ. ނުވަތަ ޢާއިލީ އަދި މިޒާތުގެ އުއްމަތާއި ނުގުޅޭ ކަންކަމުގައި އެބައިމީހުންގެ ރޫހުގެ ތާޒާކަން ދައްކައެވެ. އެހެނަސް އިސްލާމީ ޝަރީޢަތް އެއަކަށް ގޮވާލާ މުސްލިމުންގެ ޢީދެއް އައުމާއި އެކު، އެވެރިން މޯޅިވެއެވެ. އަދި މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކާއި އާފާތްތަކާއި ހިތާމަތަށް ހަނދުމަކުރާން ފަށައެވެ.

ولا حول ولا قوة إلا باللّٰه.


— އައްތަޛްކިރާ


~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

✔️ އަޟްޙާ ޢީދު ދުވަހުގެ ބައެއް އަޙްކާމުތައް

🔵 ތަކްބީރު ކިޔުން
މި ތަކްބީރުތައް ފެށެނީ ޢަރަފާތް ދުވަހުގެ ފަޖުރުން ފެށިގެން އައްޔާމުއް ތަޝްރީޤުގެ އެންމެ ފަހު ދުވަހުގެ ޢަޞްރުގެ ވަޤުތުގެ ނިޔަލަށެވެ. (ތަފްޞީލު: ދިވެހިބަހުން)

🔵 ހިނައިގަތުމާއި ފިރިހެނުން ހުވަނދުލުން
އަދި އަތުގައި އޮތް އެންމެ ރީތި ހެދުމެއް ލުމެވެ. އެއީ އިސްރާފު ކުރުމަކާއި ނުލައެވެ.

🔵ބޮޑު ޖަމާޢަތުގައި މުސްލިމުންނާއި އެކު ނަމާދު ކުރުން އަދި ޚުޠުބާއަށް ޙާޒިރުވެ ހުރުން އެދެވިގެން ވުން
އިބްނު ތައިމިއްޔާއި އެނޫން މުޙައްޤިޤު ޢިލްމުވެރިން ރާޖިޙު ކުރައްވާފައިވާ ގޮތުގައި ޢީދު ނަމާދަކީ ވާޖިބެކެވެ. އަދި ޢުޛުރަކާއި ލައިގެން މެނުވީ އެދޫކޮށް ނުލެލެވޭނޭ ކަމެވެ. މީގެ އިތުރުން އަންހެނުންވެސް އޭގައި ބައިވެރިވުންވެއެވެ. އަދި އޭގެ ތެރެއިން ޙައިޟުވެރިންވެސް ނާމާދުން އެކަހެރިކޮށް އެއަށް ޙާޒިރުވުންވެއެވެ.

🔵 އާދައިގެ މިނެއްގައި ހިނގާފައި ޢީދު ނަމާދުގެ މައިދާނަށް ދިޔުން

🔵 ނަމާދަށް ދާ މަގާއި އަންނަ މަގު ތަފާތު ކުރުން

🔵 އުޟްޙިޔާ ޒަބަހަ ކުރުން
މިކަން ކުރުން ވަނީ ޢީދު ނަމާދަށް ފަހުގައެވެ. އެއީ ނަބިއްޔު ﷺ ގެ އަމުރުފުޅުގެ މައްޗަށެވެ: «مَنْ كَانَ ذَبَحَ قَبْلَ أَنْ يُصَلِّيَ فَلْيُعِدْ مَكَانَهَا وَمَنْ لَمْ يَكُنْ ذَبَحَ فَلْيَذْبَحْ بِاسْمِ اللَّهِ» ”ޢީދު ނަމާދު ކުރުމުގެ ކުރިން (އުޟްޙިޔާ) ކަތިލައިފި މިހެއް، އޭގެ ބަދަލުގައި އަލުން ކަތިލާށެވެ. އަފި ކަތިނުލައި ހުރި މީހެއް، ފަހެ ﷲ ގެ އިސްފުޅާއިއެކު ކަތިލާށެވެ.“ (އަލްބުޚާރީ އަދި މުސްލިމް) އަދި ޒަބަހަ ކުރުމުގެ ވަޤުތަކީ 4 ދުވަހެވެ. އެއީ (ޢީދުގެ ފުރަތަމަ ދުވަސް ކަމުގައިވާ) އައްނަޙްރު ގެ ދުވަހާއި (އެޔާއި ވިދިގެންވާ) އައްޔާމުއް ތަޝްރީޤުގެ ތިން ދުވަހެވެ. ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ: «وكل أيام التشريق ذبح» ”އަދި އައްޔާމުއް ތަޝްރީޤުގެ ކޮންމެ ދުވަހަކީ ޒަބަހަކުރުމުގެ ދުވަހެކެވެ.”

🔵 އުޟްޙިޔާ ގެ މަސް ކެއުން
ރަސޫލު ﷲ ﷺ ޢީދު ނަމާދުގެ މައިދާނުން ނިކުނެވަޑައިގެން، އެކަލޭގެފާނުގެ އުޟްޙިޔާއިން އެއްޗެއް ކެއިން ނުބައްލަވާ އެހެން އެއްޗެއް ފަރިއްނުކުޅުއްވައެވެ. (زاد المعاد 1/ 441.)

🔵 ޢީދުގެ ތަހުނިޔާ އެކަކު އަނެކަކަށް ކިޔުން
މިއީ އަޞްޙާބު ބޭކަލުން އަރިހުން ޘާބިތުވެފައިވާ ކަމެވެ.


⚠️ސުންނަތާއި ޚިލާފު އަދި ނަހީވެވިގެންވާ ބަޔެއް ކަންކަން:

🔴ޖަމާޢަތެއްގައި އެއްކޮށް އެއްއަޑަކުން ނޫނީ އެކަކުގެ ފަހަތުން ދެންތިބި އެންމެން ތަކުބީރު ކިޔުން

🔴އުޟްޙިޔާ ކަތިލުމަށް ނިޔަތް ގަނެފައިވާ މީހާ އެކަން ކުރުމުގެ ކުރިން ހަށިގަނޑުން އެއްވެސް އިސްތަށްޓެއް ކޮށުން ނޫނީ ވަކިކުރުން އަދި ނިޔަފަތި ކެނޑުން.

🔴ދެޖިންސު މަސްހުނިވާ ގޮތަށް އަދި މިޔުޒިކާއި ޙަރާމް އެކުލެވޭ ގޮތަށް ޢީދު ފާހަގަ ކުރުން

🔴އިސްރާފު ކުރުން އަދި އޭގެ ތެރޭގައި މަންފާއެއް ނެތް ބޭކާރު ކަންކަންވެސް ހިމެނޭ.

(ޚުލާޞާ ކުރެވިފައިވަނީ، މިމަޞްދަރުން)


~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

📢 މާދަމާ، ޢަރަފާތް ދުވަހު ރޯދަޔަށް ހުރުމަށް ހަނދުމަކޮށްދެން!

ނިޔަތްގަތުން ވަނީ މިރެއެވެ. އެންމެ ލަސްވެގެން ފަތިސް ވުމުގެ ކުރިން ޢަރަފާތް ދުވަހުގެ ރޯދަޔަށް ނިޔަތް ގަންނަންޖެހޭ ނެއެވެ.
⚠️ނިޔަތް ނުގަނެވިއްޖެ މީހާ، ރޯދަ ގެއްލޭ ކަމެއް ނުކޮށް ހުރެއްޖެނަމަ، އެދެވިގެންވަނީ ސުންނަތް ރޯދައެއް ގޮތުގައި ޢަރަފާތްދުވަހުގެ ހެނދުނު ނިޔަތް ގަނެ ރޯދަޔަށް ހުރުމެވެ.
ޤަޟާއު ރޯދައިގެ ނިޔަތާއި ޢަރަފާތް ދުވަހުގެ ސުންނަތް ރޯދައިގެ ނިޔަތް އެއްކުރެވިދާނެއެވެ.

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

❶ 

📌 ޢަރަފާތް ދުވަހުގެ މާތްކަމަށް އަވަސްވެގަންނާށެވެ!

— އަބޫ ޢައްޔޫބުލް ޙުސައިނީ (މަޞްދަރު)


بسم الله الرحمن الرحيم
والصلاة والسلام على سيد ولد آدم أجمعين

أما بعد:

ފަހެ ނިޢުމަތް ތަކުގެ ތެރެއިން ހިމެނޭ އެއްކަމަކީ ނިޢުމަތްތައް ސިލްސިލާވުމެވެ. އަދި ރަޙްމަތްތައް ތަކުރާރުވެވުމެވެ. އަދި ފުރުޞަތުތައް ގިނަގުނަވުމެވެ. ފަހެ ވަކި ޒަމާނަކަށް ފެތިފައިވާ ނިޢުމަތެއް އަހަރެމެންނާއި ވަކިނުވޭ، އެހެނަސް ﷲ އެއާއި އެއްފަދަ ނޫނީ އެއަށްވުރެ ހެޔޮ އެއްޗެއް އަހަރެމެންނަށް މިންވަރު ކުރައްވާގޮތެއްގައި މެނުވީއެވެ..

އެހެންކަމުން އޭފަހެ ނަރަކައިން މިންޖުވުމަށް
އެދިގަނެގެންވާ މީހާއެވެ! އަދި ފާފަތަކުން ފުއްސެވުމާއި ނުތަނަވަސްކަމުން ފާގަތިކަމަށް އެދޭ މީހާއެވެ. ތިބާގެ ރައްބަށް އެނބުރޭށެވެ. އެހެނީ އެއިލާހު ތަޥްބާވާ ބަޔަކަށް ތަޥްބާ ލައްވަތެވެ.

އަދި ތިބާއަށް އެނގޭނޭފަދައިން ތިބާ ތިވަނީ ބޮޑުވެގެންވާ ދުވަހެއްގެ ހިޔަލުގައެވެ. އަދި މަތިވެރި ފަޟުލެކެވެ. އެހެންކަމުން ކުރިޔަށް ހިނގާށެވެ. އަދި ﷲ ގެ އިޛުނައާއިއެކު ހެޔޮހުއްޓެވެ. އެއީ އެއަކުން (ނަރަކައިން) މިންޖުކުރެއްވުމާއި މަޣުފިރާ އެކުލެވޭ އަސްބާބުތަކެވެ. އަދި މިފަދަ ސަބަބުތަކުގެ ތެރޭގައި ވަނީ، ޢަރަފާތުގެ ދުވަހެވެ. އެދުވަހަކީ އެނޫން އެއްވެސް ދުވަހެއްގައި ލައްވަފައިވާ ނުވާ ފަޟުލުތައް އެދުވަހެއްގައި ﷲ ލެއްވެވި ދުވަހެވެ. މިހެންކަމުން ބައެއް އިމާމުން މިފަދައިންވެސް ވިދާޅުވިއެވެ: އެއީ އަހަރުގެ އެންމެ ފަޟުލުވަންތަ ދުވަހެވެ. [އަދި މިދުވަހަކީ މާދަމައެވެ — إن شاء الله ]

އެދުވަހުގެ ފަޟުލުތަކުގެ ތެރޭ ހިމެނޭ ބައެއް ކަންކަމުގެ ތެރޭގައި:

• އެއީ ދީން ކާމިލު(ފުރިހަމަ) ކުރައްވައި (ﷲ ގެ) ނިޢުމަތް ފުރިހަމަ ކުރެއްވުނު ދުވަހެވެ.

﴿الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإسْلامَ دِينًا﴾ (المائدة :3)

(މިއާޔަތުގެ މާނައީ: މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމް ދީންތިޔަބައިމީހުންނަށް ދީނެއް ކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ.)

• އޭގެ ތެރޭގައި: އެއީ އިސްލާމީ އަހުލުންތަކަށް ވާ ޢީދެކެވެ. (މިއީ ޢުމަރު އާއި އިބްނު ޢައްބާސް އަރިހުން ވާރިދުވެފައިވާ ފަދައިންނެވެ.)

• އޭގެ ތެރޭގައި: އެއީ ދުވަސްތަކުގެ ތެރެއިން އެންމެ ފަޟުލުވެރި ދުވަސް ކަމުގައި ރިވާވެފައިވުމެވެ. (އެއީ އިބްނު ޙިއްބާން ގައި ވާރިދުވެފައިވާ ފަދައިންނެވެ.)

• އޭގެ ތެރޭގައި: އެދުވަހަކީ ފާފަތައް އުރެދުންތަައް ފުއްސަވާނޭ ދުވަހެއް ކަމެވެ. އަދި ނަރަކައިން މިންޖުކުރެއްވޭނޭ ދުވަހެއް ކަމެވެ.

• އޭގެ ތެރޭގައި: އެދުވަހަކީ ﷲ تعالى (ޢަރަފާތުގައިވާ) މީސްތަކުންނާއި މެދު ޘަނާ ކިޔުއްވާ ދުވަހެވެ. (ފަޚުރުވެރިވެ ވޮޑިގަންނަވައެވެ.)

އޭގެ ތެރޭގައި: އެދުވަހަކީ ގާތަށް ގާތްވެވޮޑިގަންނަވާ ދުވަހެވެ. ޢާލަމްތަކުގެ ރައްބު، ފާފާވެރިންނަށް ފުއްސަވާ ވޮޑިގެންވާ އިލާހު އެދުވަހުން މީސްތަކުންނާއި ގާތަށް ގާތްވެވޮޑިގަންނަވައެވެ. މިކަމަށް ދަލީލު ވަނީ ރަސޫލުންގެ ސައްޔިދުގެ ޙަދީޘް ފުޅުންނެވެ. އެއީ އިމާމް މުސްލިމް، އެކަލޭގެފާނުގެ ޞަޙީޙު ގައި، އުއްމުލް މުއުމިނީން ޢާއިޝާ رضي الله عنها އަރިހުން ރިވާކުރެއްވި ފަދައިންނެވެ:

«مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللَّهُ فِيهِ عَبْدًا مِنَ النَّارِ مِنْ يَوْمِ عَرَفَةَ وَإِنَّهُ لَيَدْنُو ثُمَّ يُبَاهِي بِهِمُ الْمَلاَئِكَةَ فَيَقُولُ مَا أَرَادَ هَؤُلاَءِ»

”ޢަރަފާތް ދުވަހަކީ ﷲގެ އަޅުތަކުންގެ ތެރެއިން، އެދުވަހެއްގައި އެންމެ ގިނަ ބަޔަކު ނަރައިން މުއްތި ކުރައްވާ ދުވަހެވެ. އަދި ހަމަކަށަވަރުން(ﷲ ތަޢާލާ) އެބައިމީހުންނާ ގާތަށް ގާތްވެވޮޑިގަންނަވައި، އެވެރިންގެ މައްޗަށް ފަޚުރުވެރިވެލަވައެވެ. އަދި މަލާއިކަތުންނަށް ބަސްވަޙީ ކުރައްވާނެއެވެ: ”މިބައިމީހުން ބޭނުންވީ ކޮންކަމެއް ހެއްޔެވެ؟“

(އެހެންކަމުން އޭ ﷲ ގެ އަޅާއެވެ. ހެޔޮ ފާއިތުވެއްޖެ ކަމަށް ހީނުކުރާށެވެ. ތިބާ ތިއެދޭ ކަންތައް މިއޮތީ ލޯކުރިމަތީގައެވެ.)

އެހެންކަމުން އަވަސްވެ އަވަސްވެގަންނާށެވެ. ފައިތިލަ ޘާބިތުކޮށް ޘާބިތުވާށެވެ. ﷲ ޙަޟުރަތަށް ތަޥްބާވެ، ފާފަތައް އެއިލާހު ފުއްސާވާނޭ ފަރާތެއް ނުވާ އިލާހަށް އެނބުރޭށެވެ.

• އަދި ޖުމްލަކޮށް މިދުވަސް ތަކުގައި ކުރެވޭ ޢަމަލުތަކަކީ އެންމެ ހެޔޮވެގެންވާ ޢަމަލުތަކެވެ. އެބަހީ މިދިހަ ދުވަހުގައެވެ. އަދި ޢަރަފާތް ވަނީ މީގެ ތެރެއިންނެވެ. އަދިކިއެއްތަ؟ ނަޙުރު ގެ ދުވަސް (ޢީދު ނުވަތަ ކަތިލުމުގެ ދުވަސް) ވެސް ހިމެނެނީ މީގެ ތެރެއިންނެވެ.

=

Читать полностью…

Galandān ގަލަންދާނު

🆕 ހޮނިހިރުދުވަހުގައި ރޯދަޔަށް ހުރުމުގެ ޙުކުމް

#حديث_ضعيف

(لا تصوموا يوم السبت إلا فريضة ولو لم تجد إلا لحاء شجرة فأفطر عليه)
”ތިޔަބައިމީހުންގެ މައްޗަށް ފަރުޟުވެވިގެންވާ ރޯދައެއްގައި މެނުވީ ތިޔަބައިމީހުން ހޮނިހިރު ދުވަހު ރޯދާ ނުހިފާށެވެ! އަދި ގަހެއްގެ ދަނޑިގަނޑެއް މެނުވީ އަތުނުޖެހުނަސް، އޭގެންވިޔަސް ރޯދަ ވީއްލާށެވެ.“


❞ މިއީ މުންކަރު ⁽¹⁾ ރިވާޔަތެކެވެ. އަދި ޞައްޙަކުރެއްވި ބޭކަލުން، އެކަމުގައި އެވަނީ ކުށްޖެހިވަޑައިގެނެވެ. އެހެނީ ޙުއްފާޡުން (ޙަދީޘު ޢިލްމުވެރިން) ކުރެ ބޮޑެތި އިމާމުން ވަނީ މިރިވާޔަތުގެ މުންކަރު ކަމާއި މެދު އިއްތިފާޤުވެވަޑައިގެން ނެވެ. އަދި އެއީ އިމާމު މާލިކު މިހެންވެސް ވިދާޅުވިއެވެ: ”މިއީ ރަސޫލު ﷲ ﷺ ގެ މައްޗަށް ހަދާފައިވާ ދޮގެކެވެ.“ އަދި އެކަލޭގެފާނީ އެކަލޭގެފާނެވެ. (އެބަހީ: އިމާމް މާލިކަކީ އެންމެންނަށްވެސް އެކަލޭގެފާނުގެ މަޤާމު އެނގިގެންވާ ބޭފުޅެކެވެ.) އަދި އިމާމް އަޙްމަދު މިޙަދީޘާއި މެދު ވިދާޅުވިއެވެ: ”މިއީ މުޟްޠަރިބު (އޭގެ ސަނަދުގައި އޮޅުންބޮޅުން އަރާފައިވާ) ޙަދީޘެކެވެ.“ (އެކަލޭގެފާނު އަރިހުން) މިވާހަކަ އަލްޚައްލާލް އާއި ޖަމާޢަތެއް ވިދާޅުވިއެވެ. އަދި މިއާއި އެކު، މިޙަދީޘުގެ މަތަނުގައި (އެބަހީ ބަސްކޮޅުގައި) ވެސް އެއްބަސްނުވުން ވެއެވެ. ދެޞަޙީޙުގައި (އެބަހީ: އަލްބުޚާރީ އާއި މުސްލިމްގައި) ރިވާވެފައި ވެޔޭ، ނަބިއްޔު ﷺ ޖުވައިރިޔަތުގެފާނު އަރިހަށް ވަޑައިގެންނެވި ހިނދު، އެކަމަނާ ހުންނެވީ ހުކުރު ދުވަހު ރޯދަހިއްޕަވައިގެންނޭއެވެެ. އެހެންކަމުން ޙަދީޘު ކުރެއްވިޔޭ: ”ކަމަނާ މާދަމާވެސް ރޯދަ ހިއްޕަވާނުތޯއޭ؟“ އެބަހީ ހޮނިހިރުގައެވެ. ⁽²⁾ މީގައި ހޮނިހިރު ދުވަހުގައި ރޯދަޔަށް ހުރުން ޖާއިޒުކަމުގެ މައްޗަށް ދަލީލުވެއެވެ. އަދި އެއީ (އަލްބުޚާރީ އާއި މުސްލިމް، ދެބޭކަލުން) އެއަށް އިއްތިފާޤުވެލައްވާފައިވާ ޙަދީޘެކެވެ. އެހެންކަމުން އަބޫ ދާވޫދާއި އެނޫން ބޭކަލުން އަރިހުން އައިސްފައިވާ ޙަދީޘެއް، އޭގެ ޞައްޙަކަމަށް އިއްތިފާޤުވެވިފައިވާ ޙަދީޘަކާއި ވިއްދޭނީ ކިހިނަކުން ހެއްޔެވެ؟
 
އަދިވެސް އިތުރުއެކަލޭގެފާނުން ﷺ ޙަދީޘް ކުރައްވާފައި ވެއެވެ: «أحبُّ الصيامِ إلى اللهِ صيامُ داودَ، و كانَ يصومُ يومًا، و يفطرُ يومًا» “ﷲ ގެ ޙަޟުރަތަށް އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ރޯދަ ހިފުމަކީ، ދާވޫދު عليه السلام ރޯދަހިއްޕެވި ގޮތެވެ. އެއް ދުވަހު ރޯދައަށް ހުންނަވައި ޖެހިގެން އަންނަ ދުވަހު ރޯދަ ދޫކުރައްވައެވެ.“ ⁽³⁾ ހުކުރު ދުވަހު ރޯދަޔަށް ނުހުންނަ ނަމަ، ހޮނިހިރުދުވަހު ރޯދަޔަށް ހުރެ، ދެން އާދިއްތަ ދުވަހު ރޯދަޔަށް ނުހުރުމެވެ. (އޭގެ ޞައްޙަކަމާއި މެދު) އިޚްތިލާފު އެކުލެވޭ — އެހެނެސް މިވާހަކަދެކެވޭ ރިވާޔަތަށް ވުރެ ވަރުގަދަ — ރިވާޔަތް ތަކެއްގައި، ރަސޫލު ﷲ ﷺ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު ރޯދަޔަށް ހުންވިކަމުގައި ވެސް، ވާރިދުވެފައި ވެއެވެ.❝


— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން
(ސުނަން އައްތިރުމިޛީގެ ރޯދަޔާއި ބެހޭ ބާބުގެ ޝަރަޙައިން (ލިޔުންކޮޅު))

~ ގަލަންދާނު


---------------
[1] މުންކަރު ޙަދީޘް: ވަރުގަދަ ރާވީންގެ މަގުތައް އޮވެމެ އެއިން ރިވާނުވެ، ހަމައެކަނި ބަލިކަށި ރާވީއެއްގެ ފުށުން އެކަނި އައިސްފައިވާ ޙަދީޘް، އަދި ޞައްޙަކަން ވަރުގަދަ ރާވީއެއްގެ ރިވާޔަތާއި މިބަލިކަށި ރާވީގެ ރިވާޔަތެއް މުޑިއަރާނަމަ، އޭގައި މުންކަރުކަން އިތުރުވެއެވެ. މުންކަރު ގެ މާނައީ އިންކާރުވުމެވެ. [އިންކާރުވުން: އެބަހީ އެއްބަސްނުވުން، ނުޤަބޫލުވުން (ދިވެހި ބަހުގެ ރަދީފު)]
[2] ނޯޓް: ޖުވައިރިޔަތުގެފާނުގެ ޙަދީޘު ރިވާވެފައިވަނީ އަލްބުޚާރީގައި އެކަންޏެވެ: އެއީ އުންމުލް މުއުމިނީން، ޖުވައިރިޔާ ބިންތުލް ޙާރިޘް ހުކުރު ރޯދައަށް ހުންނަވަނިކޮށް ނަބިއްޔާ صلى الله عليه وسلم އެކަމަނާގެ އަރިހަށް ވެދެވަޑައިގެން ޙަދީޘްކުރެއްވިއެވެ. «أَصُمْتِ أَمْسِ؟» ”ކަމަނާ އިއްޔެ ރޯދައަށް ހުންނެވިން ހެއްޔެވެ؟” އެކަމަނާ ވިދާޅުވިއެވެ. “ނޫނެކެވެ.” قَالَ: «تُرِيدِينَ أَنْ تَصُومِي غَدًا؟» އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “މާދަމާ ރޯދައަށް ހުންނެވުމަށް ކަމަނާ ޤަޞްދުކުރައްވަން ހެއްޔެވެ؟” އެކަމަނާ ވިދާޅުވިއެވެ. “ނޫނެކެވެ.” قَالَ: «فَأَفْطِرِي» އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ފަހެ، ކަމަނާ ރޯދަ ދޫކޮށްލައްވާށެވެ.” [އަލްބުޚާރީ 1986.] އަދި އެހެނަސް "ދެޞަޙީޙު" ގައިވާ ޙަދީޘަކީ އަބޫ ހުރައިރާގެ ޙަދީޘެވެ. އެއީ:
عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ : سَمِعْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : ( لا يَصُومَنَّ أَحَدُكُمْ يَوْمَ الْجُمُعَةِ إِلا يَوْمًا قَبْلَهُ أَوْ بَعْدَه ) އަބޫ ހުރައިރާ ވިދާޅުވިޔޭ: ނަބިއްޔު ﷺ ޙަދީޘް ކުރެއްވީތީ ތިމަންކަލޭގެފާނުގެ އަޑުއެއްސެވީމޭ: ”އޭގެ ކުރިޔަށް އެއްދުވަސް ނޫނީ އޭގެ ފަހަށް އެއްދުވަސް ލައިގެން ރޯދަހިފާ ގޮތުގައި މެނުވީ، ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް ހުކުރުދުވަހު ރޯދަ ނުހިފާހުށިކަމެވެ.“ އަލްބުޚާރީ (1985) އަދި މުސްލިމް (1144) الله أعلم.
[3] އަލްބުޚާރީ 3420

Читать полностью…

Galandān ގަލަންދާނު

ހޮނިހިރު ދުވަހު ސުންނަތް ރޯދަ ހިފުމާއި މެދު

ސުވާލު: މި ޙަދީޘް ގެ ޞައްޙަ މިންވަރަކީ ކޮބައިތޯއެވެ؟ ﴿ لاَ تَصُومُوا يَوْمَ السَّبْتِ إِلاَّ فِيمَا افْتُرِضَ عَلَيْكُمْ ﴾ ”ތިޔަބައިމީހުންގެ މައްޗަށް ފަރުޟު ވެއްޖެ ރޯދައެއް މެނުވީ، ހޮނިހިރު ދުވަހު ރޯދަ ނުހިފާށެވެ.“

ޖަވާބު: މި ޙަދީޘަކީ އޭގެ ސަނަދާއި އޭގެ މަތަނު (ބުނެވޭ އެތި) ވެސް އިންކާރުވެވިގެންވާ ޙަދީޘެކެވެ. އެއާއި މެދު އިމާމް މާލިކު ވިދާޅުވިއެވެ: ”މިއީ ދޮގެކެވެ.“ އެކަލޭގެފަނުގެ އަރިހުން މިވާހަކަ ޛިކުރު ކުރެއްވީ އަބޫ ދާވޫދު އެކަލޭގެފާނުންގެ ”ސުނަން“ ގައެވެ. އަދި އަލްއަޥްޒާޢީ ވިދާޅުވި އެވެ: ”މި ފެތުރޭތަން ފެނުމާއި ހަމައަށް ތިމަންކަލޭގެފާނު މި ފޮރުވައިގެން ހުރީމެވެ.“ އެބަހީ، ހޮނިހިރު ދުވަހުގެ ރޯދައާއި މެދު މިވާ އިބްނު ބަސްރުގެ މި ޙަދީޘެވެ. ފަހެ ހަމަކަށަވަރުން، ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ: ﴿ لَا يَصُومَنَّ أَحَدُكُمْ يَوْمَ اَلْجُمُعَةِ, إِلَّا أَنْ يَصُومَ يَوْمًا قَبْلَهُ, أَوْ يَوْمًا بَعْدَهُ ﴾ ”އޭގެ ކުރިން އެއްދުވަހު ނޫނީ ފަހުން އެއްދުވަހު ރޯދަ ހިފާ ގޮތުގައި މެނުވީ، ހުކުރު ދުވަހު ތިޔަބައިމީހުން ކުރެ އެކެއްވެސް ރޯދަ ނުހިފާހުށި ކަމެވެ.“ (މިއީ އިއްތިފާޤުވެފައިވާ (އެބަހީ: އަލްބުޚާރީ އާއި މިސްލިމް) ޙަދީޘެއް، އަބޫ ހުރައިރާ އަރިހުން) މިއީ ހޮނިހިރު ދުވަހު ރޯދަ ހިފުމިގެ މައްޗަށް އޮތް ދަލީލެކެވެ. އަދި މިކަމުގައިވާ ޙަދީޘްތައް ގިނަގުނައެވެ — والله أعلم.

—ޝައިޚް ސުލައިމާން ބުނު ނާޞިރު، އަލްޢުލްވާން (މަސްދަރު)


~ ގަލަންދާރު

__________________
ނޯޓް: ޝައިޚް ޢަބްދު ﷲ އައްސަޢްދު ވިދާޅުވިއެވެ: ”މިޙަދީޘް އާއި މެދު ޙާފިޡުން ތެރޭ ޚިލާފުވެއެވެ. އެ ޞައްޙަ ކަމަށް ބައެއް ބޭކަލުން ވިދާޅުވިއެވެ. އަދި ޟަޢީފުކަމަށް އަނެބައި ބޭކަލުން ވެއެވެ. އެއީ އިމާމް މާލިކުފަދައިންވެ... އަދި މީގެ އިސްނާދުގައި މާކަށް މައްސަލައެއް ނުވެއެވެ.“ އެއަށް ފަހު މިޙަދީޘް ގެ ޙުކުމް މަންސޫޚު ވެފައިވާ ކަމަށް ވިދާޅުވިވެ. އެއީ ދެޞަޙީޙްގައިވާ އަބޫ ހުރައިރާ ގެ ޙަދިޘް ގެ މައްޗަށް ބައްލަވައެވެ. އަދި މިއީ މިޙަދީޘް އާއި މެދު އިމާމް އަބޫ ދާވޫދުގެ ވެސް ނިންމެވުމެވެ. (މަސްދަރު)

Читать полностью…

Galandān ގަލަންދާނު

ޢިލްމު އިތުރުވާ ވަރަކަށް ދެބަސްވުން މަދުވެއެވެ.
الشيخ أ.د عبدالسلام الشويعر


❞...އަދި މިސަބަބަށްޓަކައި، މީހެއްގެ ޢިލްމު އިތުރުވާ ވަރަކަށް، އޭނާ ކަންކަމުގައި ކުރާ އިންކާރުތައް މަދުވެއެވެ. ޢިލްމު ގިނަވުމީ ، އިންކާރު މަދުވުމަށް އޮތް ސަބަބެކެވެ. އަދި (ކަމެއްގައި) އެންމެ ޤަޥްލެއް މެނުވީ ނޭނގޭ މީހާ، އަދި ޢިލްމުން ބަޔެއް މެނުވީ ނޭނގޭ މީހާ، އޭނާގެ ހުއްދަ ދާއިރާގެ ކަންކަމުގައި ގިނަގުނައިން އިންކާރު ކުރެއެވެ. އަދި ކިޔެއްތަ؟ (ހުއްދަ ތަރަހައިގައިވާ ދެޤަޥްލުންކުރެ) އެއްޤަޥްލާއި އަނެއް ޤަޥްލާއި ދެމެދުގައެވެ.

މިސަބަބަށްޓަކައި މާތް އިމާމު، އަލްމުޠަލިބީ މުޙައްމަދު ބުނު އިދްރީސް އައްޝާފިޢީ ގެ ބަސްފުޅުތަކުގެ ތެރޭގައިވެއެވެ:

ޢިލްމު ވަނީ ހަތަރު މަރުހަލާ އަކަށެވެ.

👻ފުރަތަމަ މަރުޙަލާ: ކޮންމެ މީހަކަށްވެސް މިޙާޞިލް ކުރެވިދާނެއެވެ. އަދި މިމަރުޙަލާއާއި އަރައިހަމަކުރެވިދާނެއެވެ. އެހެނަސް މިމަރުޙަލާގައި މީހާ ދަތުރުކުރާހިނދު، އޭނާ އަށް ހީކުރެވުން ވަނީ އޭނާ އަކީ މީސްތަކުންގެ ތެރެއިން އެންމެ ޢިލްމުވެރި މީހާ ކަމުގައެވެ.

[މިއީ މީސްތަކުންގެ ތެރެއިން ގިނަ މީހުންގެ ޙާލަތެވެ. އޭނާއަށް އަދިކިރިޔާ ޙާސިލުވީ ހަތަރުބައިކުޅަ އެއްބަޔެވެ. އަދި ފަހަރެއްގައި އެބައިވެސް އެއްކޮށް ފުރިހަމަނުވެއެވެ. އެހަނަސް ހީކުރެވިފައިވަނީ ތިމާއަކީ މީސްތަކުންގެ ތެރެއިން އެންމެ ޢިލްމުވެރި މީހާކަމުގައެވެ. މިގޮތުން އޭނާ ކުދި އަދި ބޮޑެތި ކަންކަމުގައި ފަތުވާދޭތަން ކަލޭމެންނަށް ފެންނާނެއެވެ. އޭނާއަށް (އެފަތުވާތައް ހޯދައި ނަޤުލުކުރާނޭ ޢިލްމުވެރި) އެހެން ފަރާތެއް ނުވާފަދައެވެ. ނޫނީ އޭނާ ފިޔަވައި އެކަންކަން އެނގޭ މީހެއް ނެތް ފަދައެވެ. އަދިކިޔެއްތަ؟ އޭނާ ޚިލާފަށް ބެލުމެއް ނެތި އަދި އޭނާގެ އެބަހަކީ ބުރަދަނެއް އޮތް އެއްޗެއްތޯ ނޫންތޯވެސް ބަލައިނުލައެވެ. އެހެނީ ފަހަރެއްގައި މައްސަލައެއްގައި ދެރައުޔެއް އޮވެދާނެއެވެ. އަދި އެ އެއްކޮގެން ތިންވަނަރައުޔެއް ޞައްޙަވެގެން ނުވެއެވެ. ނުވަތަ ކަމެއްގައި ހަތަރު ރައުޔަކަށް ޚިލާފު އޮވެދާނެއެވެ. އަދި އެއިން އެއްޗަކަށް ނުވާ ފަސް ވަނަ ރައުޔެއް ތިބާ ބުނަނީ ނަމަ ތިބާގެ ޤަޥްލު ބާތިލުކަމުގައި ވެދާނެއެވެ. އެހެންކަމުން ޢިލްމު އުނގެނޭ ދަރިވަރުގެ މައްޗަށް ލާޒިމީ އޭނާގެ ޢިލްމު ޢިލްމުގެ މައްޗަށް އެޅުވުމެވެ. ނޭގުމުގެ މައްޗަކަށް ނޫނެވެ. އެއީ ނޭގިހުރެ ބަސްބުނެ ތިމާމަގުފުރެދި އަނެކުންވެސް މަގުފުރެއްދެވުމެވެ.]

⚪️ދެވަނަ މަރުޙަލާ: މިމަރުޙަލާ އުނގެނެވޭހިނދު، އެތަކެއް ޢިލްމެއް އޭނާއަށް ނުއުނގެނެވިވާކަން އެނގެއެވެ. އަދި ޢިލްމުގެ ކަނޑު، ފުންވެގެންވާކަން އޭނާއަށް ދެނެގަނެވެއެވެ.

⚪️ތިންވަނަ މަރުޙަލާ: މީގައި އޭނާއަށް ހިފިއްޖެނަމަ، އޭނާ އަށް އުނގެނެވިފައިވާ އެއްޗެއް އޭނާއަށް ނޭގިވާ އެއްޗަކާއި ހިލާ ގާތެއް ނޫންކަން އޭނާއަށް އެނގެއެވެ. އަދި އޭނާ އަށް ނޭނގޭތަކެތި އޭނާއަށް އެނގޭތަކެއްޗަށް ވުރެ އެތައް އެތައް ގުނައެއް ބޮޑުކަމެވެ. މިހެންކަމުން އޭނާ މަޑުމޮޅިވެ ބިރުވެތިވެއެވެ. އަދި "އަހަރެންނަށް ނޭނގެޔޭ" — މި ޤަޥްލު ގިނަގުނައިން ބޭނުންކުރެއެވެ. އޭގެ ސަބަބުން އޭނާއަށް ޢިލްމުވެރިންގެ ހައިބަތު ދެނެގަނެވެއެވެ. އަދި އޭނާ ފުށުން އެވެރިންނަށް ކުރާ އިންކާރު މަދުވެއެވެ.

[(އަލްއަޘްރަމް ވިދާޅުވިއެވެ: އަޙްމަދު ބްނު ޙަމްބަލް ފަތުވާދެއްވާތަން އަހަރެން ދެކެފައިވަމެވެ. އެކަލޭގެފާނު ގިނަގުނައިން "އަހަރެންނަށް ނޭނގެޔޭ" ވިދާޅުވިއެވެ.) އަޙްމަދު އަބަދުވެސް އެހެން ވިދާޅުވަނީ ކީއްވެތޯ އަލްއަޘްރަމު އާއި ސުވާލުވެވުނެވެ. އަޙްމަދުގެ ސުވާލުތައް ކިޔައިފިނަމަ، (لا ادري) "އަހަންނަށް ނޭނގެޔޭ" ވިދާޅުވެފައިވާތަން ވަރަށް ގިނައިން ފެންނާނެއެވެ. އެހެންކަމުން އަލްއަޘްރަމް ގެ ދަރިވަރުން "لا ادري) ގެ މާނައަކީ ކޮބައިތޯ އެކަލޭގެފާނާއި ސުވާލުކުރެއްވިއެވެ. އަބޫ ޢަބްދު ﷲ ބުނު ޙާމިދު އާއި އެނޫން ވެސް އަޙަމަދުގެ ޤަޥްލުތައް މާނަކުރެއްވި ބޭކަލުން ވިދާޅުވެފައިވާ ގޮތުން އެހެން ވިދާޅުވެފައިވާ ކަންކަމީ ޙަންބަލީންގެ ތެރޭ ހަތަރު ރައުޔަކަށް ޚިލާފު އެކަން ކަމުގައި އޮވެއްޖެ ކަންކަމެވެ. ކޮންމެއަކަސް، އަލްއަޘްރަމް އަދި އެކަލޭގެފާނުގެ ޝެއިޚަކީ އަޙްމަދެވެ. އަޘްރަމާއި މި ސުވާލު ކުރެވުމުން ވިދާޅުވީ، އެއީ އެކަންކަމުގައިވާ ޚިލާފު އެކަލޭގެފާނަށް އެނގިވަޑައިގަންނަވާތީކަމުގައެވެ. ނިކަން ވިސްނާށެވެ: އެނގިވަޑައިގަތުމާއި އެކު، ބިރުފުޅުގެންނެވުމެވެ. މިޔެވެ. އެކަންތައް ދެނެނުގަންނަވާތީކީ ނޫނެވެ. އެކަލޭގެފާނަށް އެކަމުގެ ޢިލްމު ވީތީއެވެ. އެހެންކަމުން މީހަކަށް ޢިލްމު އެނގޭމިންވަރަކަށް އޭނާގެ ވަރަޢަ އިތުރުވެއެވެ. (ވަރަޢަ އަކީ، ﷲ އަށް ބިރުވެތިވެ ހުށިޔާރުވެ ރައްކާތެރިގޮތުގައި ހިފާވަރެވެ.) އަދި މީހެއް މުސްކުޅިވެ ޢިލްމު އިތުރުވާ ވަރަކަށް، ޒުވާނުންނަށް ވުރެ ބިރުވެތިކަން އިތުރުވެއެވެ. އަދި އައްޝެއިޚް މުޙައްމަދުލް އަމީން އައްޝަންޤީޠީ އެކަލޭގެފާނުގެ އުމުރުގެ ފަހުކޮޅުގައި އެކީއެއްކޮށް ފަތަވާ ދެއްވުން ހުއްޓާލެއްވިކަމަށް ޛިކުރުވެފައި ވެއެވެ.
=

Читать полностью…

Galandān ގަލަންދާނު


ޝެއިޚް ސުލައިމާން އަލްޢަލްވާން ވިދާޅުވިއެވެ: ”އައްދާރަޤުޠުނީ ޛިކުރުކުރެއްވިފަދައިން ⁽¹⁾ މީގެ (ސަނަދުގައި) މެދުކެނޑުމެއް ވެއެވެ.“

އަދިވެސް އަލްޢަލްވާން ވިދާޅުވިއެވެ:

”އޭގެ ސަނަދު ބޭރުފުށަށް އެ ޞައްޙައެވެ. އަދި ސަނަދުގެ ބޭރުފުށަށް ބެލިމީހުން އެ ޞައްޙަކުރިއެވެ. މިޚަބަރު ޞައްޙަކުރި ޢިލްމުވެރިން ކުރެ ގިނަބަޔަކު ކަންކޮށްފައިވަނީ މިފަދައިންނެވެ... މިޙަދީޘަކީ މަޝްހޫރު ޙަދީޘެކެވެ. އެންމެ މަޝްހޫރު ޙަދީޘްތަކުގެ ތެރެއިން އަދަދުކުރެވޭ ޙަދީޘެކެވެ. އެހެނަސް ރަނގަޅަށް ބަލައި އޭގެ (ސަނަދުތަކުގެ) އެންމެހާ ކޮޅުތަކެއް ޖަމަޢަކުރުމުން ބަޔާންވަނީ މިރިވާޔަތަކީ މަޢުލޫލު އެއްޗެއް ކަމެވެ. އަދި އައްޒުހުރީ ވަކިން ޚާއްޞަގޮތެއްގައި މި ރިވާޔަތް އަނަސްގެފާނު އަރިހުން އަޑު ނުއައްސަވާކަމެވެ.

އަދިކިއެއްތަ؟ ބައެއް ސަނަދުތަކުގައި ރިވާވެފައިވަނީ، އައްޒުހުރީ ވިދާޅުވިޔޭ: (نُبِّئتُ عن أنس) ”އަހަރެންނަށް ޚަބަރުދެވުނޭ އަނަސްގެފާނުގެ އަރިހުން“ — މިހެންނެވެ. މިއީ އައްޒުހުރީ އަނަސްގެފާނުގެ އަރިހުން މިރިވާޔަތް (ސީދާ) އަޑުނާއްސަވާ ކަމުގެ މައްޗަށް ދަލީލެކެވެ. އަދި މިރިވާޔަތުގައި މެދުކެނޑުމެއް ވާކަމެވެ.

އަދި މިރިވާޔަތް ޞައްޙަކުޅަ މީހުން ބަލާފައިވަނީ އަނަސްގެފާނުގެ އަރިހުން އައްޒުހުރީ ގެންނެވި އެހެން ޙަދީޘުތަކަށެވެ. މާނަޢީ ޖުމްލަގޮތެއްގައި އައްޒުހުރީ އަނަސްގެފާނުގެ އަރިހުން ޙަދީޘު އަޑުއައްސަވާފައި ވުމެވެ. މިކަމުގައި ދެބަސްވުމެއް ނެތެވެ... މީގެ މައްޗަށް ބަަލައި ހީކޮށްފައިވަނީ، އެކަލޭގެފާނުގެ އަރިހުން ޙަދީޘު އަޑުއައްސަވާފައިވާ ނަމަ މި ވަކި ޙަދީޘުވެސް އަޑު އައްސަވާފައިވާނޭ ކަމުގައެވެ. އެހެނަސް (މިޙަދީޘުގެ ސަނަދުތަކުގެ) އެންމެހާ ކޮޅެއް ޖަމަޢަކޮށް ބެލުމުން އެނގެނީ، މި ވަކި ޙަދީޘު، މިޔެއް އަނަސްގެފާނުގެ އަރިހުން އައްޒުހުރީ ސީދާ އަޑުއައްސަވާފައި ނުވާކަމެވެ. އެހެންކަމުން ޖުމްލަގޮތެއްގައި މިރިވާޔަތް ޟަޢީފެވެ. މެދުކެނޑުން އެކުލެވުމުގެ ސަބަބުން މަޢުލޫލެވެ.“
(ޢަލްވާންގެ ބަސްކޮޅު ނިމުނީ)

ފަހްދުއް ސުނީދު ވިދާޅުވިއެވެ: ”މިއީ މަޢުލޫލު ޙަދީޘެކެވެ. އެހެނީ ޢުޤައިލް އާއި އެނޫން ބޭކަލުން މިޙަދީޘު ރިވާކުރެއްވީ އައްޒުހުރީ އަރިހުން، ދެން މީހެއް ފުށުން، ދެން އަނަސްގެފާނު އަރިހުންނެވެ. ވީމާ މީގައި ނަންނުގަނެވޭ މީހެއް ވެއެވެ.“

ޑރ. ޚާލިދުލް ޙާޔިކް ވިދާޅުވިއެވެ: ”މިއީ ޟަޢީފު ޙަދީޘެކެވެ. “

އަދިވެސް ވިދާޅުވިއެވެ: ” (މިވާހަކަ އަކީ) މުންކަރު ވާހަކައެކެވެ. ފަހެ އެމީހާގެ ޚަބަރު ހޯދުމުގެ މަޤުޞަދުގައި ޢަބްދު ﷲ ބުނު ޢަމްރު ފަދަ ޞަޙާބީޔަކު ދޮގުހަދާނެހެއްޔެވެ؟ މިއީ ބާޠިލު ޚަބަރެކެވެ. އަދި މުންކަރާތުގެ ވާހަކައެކެވެ. މި ޞަޙާބީ މިކަމުން އަހަރެމެން ދުރުކުރަމެވެ. އަދި ބައެއް މީހުން ހަދާފަދައިން މިޢަމަލު ހަމަޖެއްސުމަށް މިހާދިޘާ އެކިގޮތްގޮތަށް މާނަކުރުމުގެ ބޭނުމެއް ނެތެވެ. ދޮގަކީ ގޮގެކެވެ.“

އައްޝެއިޚް މުޞްޠަފާ އަލްޢަދަވީ ވިދާޅުވިއެވެ: ”...އޭގެ ސަނަދު ޘާބިތެއް ނޫނެވެ.“

އަދި އަލްއަލްބާނީގެ ފަހުގެ ޤަޥްލަކީ މިޙަދީޘު ޟާޢީފުކަމެވެ. (ضعيف الترغيب" (2/247) هامش (1) )

އަދި އިސްލާމް ސުވާލާއި-ޖަވާބު ބޯޑުގައި، މިޙަދީޘުގެ ދަރަޖައާއިމެދު ނަންގަނެވުނު ފަތުވާ (ނަންބަރު 147249) ގެ ޚުލާޞާގައި ވެއެވެ:

”ޚުލާޞާ: އިލްމުވެރިންގެ އަރިހުގައި މިޙަދީޘުގެ ޞައްޙަ ކަމާއިމެދު އިޚްތިލާފެއް އޮތްކަމެވެ. އެގޮތުން އިލްމުވެރިން ތެރެއިން އެ ޞައްޙަ ކުރެއްވި ބޭކަލުން ވިއެވެ. އަދި އޭގެ ތެރެއިން އެ މަޢުލޫލު (ބަލިކަށި) ކުރެއްވި ބޭކަލުން ވެއެވެ. އަދި ޙަދީޘު ގެ މާހިރުންނާއި އަލްޢިލަލް ގެ ޢިލްމުވެރިން ތެރެއިން އެކަކަށްވުރެ ގިނަ ބޭކަލުން ރާޖިހު ކުރައްވާފައިވަނީ މިޙަދީޘު ޟަޢީފުކަމަށެވެ. އަދި އޭގެ ސަނަދުގައި މެދުކެނޑުމެއް ވާކަމަށެވެ. އަދި ބޮޑަށް ގާތީ އަދި ރަނގަޅުގޮތެއްކަމަށް އައުލާކަން ބޮޑީ: މިޙަދީޘް ޟަޢީފުކަމުގައި ބުނާ ޤަޥްލެވެ.“


~ ގަލަންދާނު

----------------
[1] ނޯޓު: އެއީ އައްދާރަޤުޠުނީގެ "އަލްޢިލަލް" (12/204) ގައެވެ. މީގެ އިތުރުން މިރިވާޔަތް ބަލިކަށި ކުރެއްވި ޙާފިޡުންތަކުގެ ތެރޭގައި: (ހ) ތުޙްފަތުލް އަޝްރާފު (1/395) ގައި އަލްޙާފިޡް އަލްމިއްޒީ ވިދާޅުވިއެވެ: (ށ) ޙަމްޒަތު ބްނު މުޙަމަދުލް ކިނާނީ އަލްޙާފިޡު ވިދާޅުވިއެވެ: ”އައްޒުހުރީ އެރިވާޔަތް އަނަސްގެފާނު އަރިހުން އަޑުއައްސަވާފައި ނުވެއެވެ.“ ا.هـ. އަދި (ނ) އިބްނު ކަޘީރު އެކަލޭގެފާނުގެ ތަފްސީރު (8/96) ގައި އައްނަސާއި ރިވާކުރެއްވި ސަނަދު (ބޭރުފުށަށް) ދެ-ޞަޙީޙުގައިވާ ސަނަދުތަކުގެ ދަރަޖައިން ޞައްޙަކަމަށް ކަނޑައެޅުއްވުމަށްފަހު ވިދާޅުވިއެވެ: ”އެހެނަސް ޢުޤައިލު އާއި އެނޫން ބޭކަލުން އެޙަދީޘު އައްޒުހުރީ އަރިހުން ރިވާކުރެއްވީ، މީހެއް ފުށުން ދެން އަނަސްގެފާނު ފުށުންނެވެ.“ ا.هـ. އަދި (ރ) އަލްޙާފިޡު އިބްނު ޙަޖަރު "އައްނުކަތުއް ޡަރާފް" (1 / 394) ގައި ވިދާޅުވިއެވެ: ”ފާޅުވެގެންވަނީ މި ޙަދީޘު މަޢުލޫލު ކަމެވެ.“ ا.هـ.

Читать полностью…

Galandān ގަލަންދާނު

”ހެޔޮ ޢަމަލުތައް“ (2)

 مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهِنَّ أَحَبُّ إِلَى اللَّهِ مِنْ هَذِهِ الْأَيَّامِ الْعَشْرِ
”މިދިހަ ދުވަހަށްވުރެ ، ހެޔޮ ޢަމަލުކުރުން މާތް الله ގެ ޙަޟްރަތަށް ލޮބުވެތިކަން ބޮޑު ދުވަސްތަކެއް ނުވެއެވެ.“ (ޙަދީޘް)

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

ތަކްބީރު ކިޔުމުގެ ވައްޓަފާޅި:

❞ ރަސޫލު ﷺ އަރިހުން ތަކްބީރު ކިޔުމުގެ ވަކި ޚާއްޞަ ސިފަޔެއް ޘާބިތުވެފައި ނުވެއެވެ. އަދި އެކަން ޘާބިތުވެފައި ވަނީ އަޞްޙާބު ބޭކަލުން رضي الله عنهم އަރިހުން ތަފާތު ގޮތް ތަކަކަށެވެ:

🔈 (اللَّهُ أَكْبَرُ ، اللَّهُ أَكْبَرُ ،اللَّهُ أَكْبَرُ كَبِيرًا)

🔈 (اللَّهُ أَكْبَرُ ، اللَّهُ أَكْبَرُ ، لَا إلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ ، اللَّهُ أَكْبَرُ، وَلِلَّهِ الحَمْدُ)

🔈 (اللَّهُ أَكْبَرُ كَبِيرًا، اللَّهُ أَكْبَرُ كَبِيرًا، اللَّهُ أَكْبَرُ وأَجَلُّ، اللَّهُ أَكْبَرُ وَلِلَّهِ الحَمْدُ)


– އަލްމުޙައްދިޘް، އައްޝެއިޚް ޢަބްދު الله އައްސަޢްދު (ބަސްކޮޅު)

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު



އިބްނު ޢުމަރު رضي الله عنه އަރިހުން، ނަބިއްޔު ﷺ ޙަދީޘް ކުރެއްވި ކަމަށް ވާރިދުވެފައިވާ ޙަދީޘް:

مَا مِن أيَّامٍ أعظَمُ عِندَ اللهِ ولا أحَبُّ إليه مِن العَمَلِ فيهنَّ مِن هذه الأيَّامِ العَشرِ، فَأَكْثِرُوا فِيهِنَّ مِن التَّهليلِ وَالتَّكبيرِ وَالتَّحميدِ

”މި (ޛުލްޙިއްޖާ) ދިހަ ދުވަހަށްވުރެ މަތިވެރި އަދި އެއިލާހުގެ ޙަޟްރަތުގައި އެދުވަސްތަކަށްވުރެ ހެޔޮ ޢަމަލުތަކަށް ލޮބުވެތިގެންވާ އެހެން ދުވަސްތަކެއް ނުވެއެވެ. ފަހެ ތިޔަބައިމީހުން އެދުވަސްތަކުގައި ތަހްލީލު (لا إلَهَ إلاَّ الله) އާއި ތަކްބީރު (الله أكبر) އާއި ތަޙްމީދު (الحَمْدُ لِلّـهِ) ކިޔާހުށިކަމެވެ.“

ރިވާކުރެއްވީ އަޙްމަދު އަދި އެނޫން ބޭކަލުން ޟަޢީދު ސަނަދަކުންނެވެ. އޭގެ (ސަނަދު) ތެރޭ ޔަޒީދު ބުނު އަބީ ޒިޔާދު ހިމެނެއެވެ. އޭނާގެ ޟަޢީފު ކަމުގެ މައްޗަށް ފާޑުވިދާޅުވާ ބޭކަލުންގެ ބޮޑުބައެއް ވެއެވެ.

އަދި ޖާބިރު ބުނު ޢަބްދު ﷲ رضي الله عنه ގެ ޙަދީޘް، އެކަލޭގެފާނު ވިދާޅުވިޔޭ:ފަރުޟު ނަމާދުން ސަލާމް ދެއްވާހިނދު، ޢަރަފާތް ދުވަހުގެ ފަތިސް ނަމާދުން ފެށިގެން އައްޔާމުއް ތަޝްރީޤުގެ ފަހު ދުވަހުގެ ޢަޞްރު ނަމާދަށް ރަސޫލު ﷲ ﷺ ތަކްބީރު ކިޔުއްވަވައެވެ.

ރިވާކުރެއްވީ، އައްދާރަޤުޠުނީ އަދި އެނޫން ބޭކަލުންނެވެ. އަދި އޭގެ އިސްނާދު ބާޠިލެވެ. އޭގައިވާ ހަލާކަކީ ޖާބިރު ބުނު ޔަޒީދުލް ޖަޢުފީ އެވެ. އޭނާ އަކީ (ދޮގު ޙަދީޘް ހަދާާ ކަމަށް) ތުހުމަތުވެގެންވާ އޭނާ ފުށުން ޙަދީޘް ބަލައިނުގަނެވޭ މީހެކެވެ.


ނަމާދުން އަވަދިވުމާއިއެކު ވަޤުތުން ތަކްބީރު ކިޔުމުގެ ޙުކުމް

އަލްޙާފިޠު އިބްނު ރަޖަބް ވިދާޅުވިއެވެ: ޢިލްމުވެރިން ވަނީ ޖުމްލަގޮތެއްގައި މިދުވަސްތަކުގެ ނަމާދުގެ ފަހަތުގައި ތަކްބީރު ކިޔުން ޝަރުޢު ވެގެންވާ ކަމާއި މެދު އިއްތިފާޤު ވެލައްވާފައެވެ. އަދި ޞައްޙަ މަރުފޫޢު ޙަދީޘެއް މިކަމުގައި ނުވެއެވެ. އެހެނަސް އެކަމުގައި ވަނީ އަޞްޙާބު ބޭކަލުންނާއި އޭގެ ފަހުން ވަޑައިގަތް ބޭކަލުން ގެ އަރިހުން ވާރިދުވެފައިވާ އަޘަރުތަކެވެ. އަދި މުސްލިމުން އޭގެ މައްޗަށް ޢަމަލު ކުރެތެވެ. އަދި މިއީ، އުއްމަތް އެކަމެއް މައްޗަށް އިޖުމާޢުވެފައިވާ ބައެއް ކަންކަމީ، އަހަރެމެންނަށް އޭގެ މައްޗަށް ނަބިއްޔުު ﷺ އަރިހުން ޞަރީޙަ ނައްޞެއް ނަޤުލު ވެފައި ނުވާ އެއްޗެއް ކަމުގައި ވިޔަސް، އޭގެ މައްޗަށް ޢަމަލުވެވުން ވާ ކަމުގެ މައްޗަށް ދަލީލު ކޮށްދޭ ކަންކަމުގެ ތެރެއިން ކަމެކެވެ.


ޢިލްމުވެރިން ވަނީ ނަމާދަށްފަހު ތަކްބީރު ކިޔުންވަނީ ކޮން ދަނޑިވަޅެއްގައިތޯ އާއިމެދު ޚިލާފުވެލައްވާފައެވެ.

ހ. ސަލާމްދީ ވަޤުތުން ތަކްބީރު ކިޔުން، އަދި އެއީ އިސްތިޣުފާރު ކުރުމުގެ ކުރިންނެވެ.

"އަލްއިންޞާފް" ގައި އަލްމަރްދާވީ މިއަށް އިޝާރާތް ކުރެއްވިއެވެ. ވިދާޅުވިއެވެެ: ”އިމާމު ތަކްބީރު ކިޔާނީ ސަލާމް ދޭހިނދު ޤިބުލަޔަށް ކުރިމަތިލައިގެން ހުރެއެވެ...“ އަދި ޙަންބަލީން ކުރެ އެފަދައިން ވިދާޅުވާ ބޭކަލުން ޛިކުރު ކުރެއްވިއެވެ: އެއީ "އަލްފުރޫޢު" ގައި އިބްނުލް ޤާސިމް، އަދި އިބްނު ރަޒީން އެކަލޭގެފާނުގެ ޝަރަޙާ ގައި އަދި އެއީ އަބޫ ބަކްރު އިޚްތިޔާރު ކުރެއްވި ގޮތެވެ.

ށ. އިސްތިޣްފާރަށް ފަހު ތަކްބީރު ކިޔުން، އެބަހީ (اللّهم أنت السّلام ومنْك السّلام...) މި ޤަޥްލަށް ފަހު އެވެ. އެހެނީ އެއީ ތަކްބީރަށް ވުރެ ނަމާދާއި ގުޅިފައިވާ އެއްޗެކެވެ. އަދި ނަމާދުން އަވަދިވުމާއިއެކު އެ ކިޔުމަކީ ސުންނަތެކެވެ. މިއީ ދެބޭކަލުން އިއްތިފާޤުވެލެެއްވި ކަމެކެވެ. (އެބަހީ އަލްބުޚާރީ އާއި މުސްލިމް ރިވާކުރައްވާފައިވާ ކަމެކެވެ.) އަދި ނަމާދު ވެރިޔާ ނަމާދުގައި ދެމިހުންނަ ފަދައިން ވުން ޙައްޤުވެގެންނެއް ނުވެއެވެ. އެހެނަސް އެއިން ވަކިވާން ޖެހެއެވެ. އަދި މިއީ އައްޝައިޚް މުޙައްމަދު ބުނު އިބްރާހީމް ގެ ޤަޥްލެވެ. އަދި އައްޝައިޚް މުޙައްމަދު ބުނުލް ޢުޘައިމީން ޚިޔާރު ކުރެއްވި ގޮތެވެ.


— އައްޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އަލްޚުޟައިރް (މަޞްދަރު)

~ ގަލަންދާން

Читать полностью…

Galandān ގަލަންދާނު

📌 ޛުލް ޙިއްޖާ މަހުގެ ތަކްބީރު ތަކާއި ބެހޭ ފިޤުހުގެ މައްޗަށް ޚުލާޞާ

(އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އަލްޚުޟައިރް)

~ ގަލަންދާން

🔻🔻

Читать полностью…

Galandān ގަލަންދާނު

❞ މުސްލިމުންނާއި ހަނގުރާމަ ކުރަމުންދާ ޢަދުއްވުންނަށް ލިބޭ ގެއްލުމުގައި އުފާކުރެވުމީ، އީމާން ކަމުގެ ދަލީލެކެވެ. އެހެނީ މުއުމިނެއްގެ ނަފުސުގައި ވޭން އަދި ހިތުތެރޭ ރުޅި އެކުލެވެއެވެ. އަދި އެ ހިންދައިލާ އެއްޗެއް ގޮތުގައި ޢަދުއްވުންނަށް ޖެއްސެވޭ މުޞީބާތް، ﷲ ލެއްވެވިއެވެ: {وَيَشۡفِ صُدُورَ قَوۡمٍ مُّؤۡمِنِينَ • وَيُذۡهِبۡ غَيۡظَ قُلُوبِهِمۡۗ} ”އަދި މުއުމިނުންގެ ބައެއްގެ ހިތްތަކަށް އެކަލާނގެ ޝިފާ ދެއްވާނެތެވެ. އަދި އެއުރެންގެ (އެބަހީ: މުއުމިނުންގެ) ހިތްތަކުގައިވާ ރުޅިވެރިކަން ފިއްލަވާނެތެވެ.“ [التوبة 14,15] ⁽¹⁾ ❝

— ޢަބްދުލް ޢަޒީޒް އައްޠަރީފީ
~ ގަލަންދާނު
#تدبر_آية

ــــــــــــــــــــــــــــــــــــــــــ
[1] މިއާޔަތުގެ ތަފްސީރުގައި ބަކުރުބެ رحمه الله ވިދާޅުވިއެވެ: ”އަދި ކާފަރުން މަރާ އެމީހުންނަށް مؤمن ންގެ އަތްތަކުން އަދަބުދެއްވަނީ އެމީހުންގެ ހިތްތަކުގައިވާ ރުޅިވެރިކަމާއި ދެކޮޅުވެރިކަން އެކަލާނގެ ނެތިކުރައްވައި ދުއްވައިލުމަށްޓަކައެވެ.“

Читать полностью…

Galandān ގަލަންދާނު


📝 (ޙަދީޘުގައި އެކުލެވޭ) ދަޢުވަތާއި ގުޅުން ހުރި މައުޟޫތައް:

🔵ފުަރަތަމަ ކަމަކަށް: ނަބިއްޔު ﷺ ގެ ޢަމަލުފުޅާއި އެއްގޮތަށް ޢަމަލު ކުރުމަށް އިބްނު ޢުމަރުގެ ހުސިޔާރުކަން.

🔵ދެވަނަޔަށް: ދަތުރުގެ ކުރިން ދަތުރުވެރިޔާ އޭނާގެ އަހުލުންނާއި އެކުގައިއުޅޭ މީހުންނަށް ދަތުރު ސަލާމް ކުރުން.

(މިނުކުތާ ދަށުން ގެންނެވި ތަފްޞީލުގައި ވެއެވެ.)

ދަތުރުވެރިޔަކީ އޭނާގެ ޢާއިލާ އާއި އެކުވެރީންނާއި ގާތްތިމާގެ މީހުންނާއި ވަކިވެ މުއްދަތެއް ކަޑައްތުކުރާ މީހެކެވެ. އެހެންކަމުން އޭނާ ދަތުރު ފެށުމުގެ ކުރިން އެވެރިންނާއި ދަތުރު ސަލާމް ކުރުން މުސްތަޙައްބު ވެގެން ވެއެވެ. އަދި މިކަން މިދެޙަދީޘުން ވަރަށް ސާފެވެ. ”الموسوعة الفقهية“ ގައި ވެއެވެ: ”މުސްލިމު މީހާއަށް މުސްތަޙައްބު ވެގެން ވަނީ އޭނާ ދަތުރަކު ދާން ޤަޞްދުކޮށްފި ނަމަ، އޭނާގެ އަޚުންނާއި އަހުލުންނާއި ގާތްތިމާގެ މީހުންނާއި އެކުވެރިންނާއި އަވަށްޓެރީންނަށް ދަތުރު ސަލާމް ކުރުމެވެ. އެވެރިން ފުށުން އޭނާ އަށް ދުޢާ ކޮށްދިނުމަށް އެދި އެވެރިންނަށް ވެސް ޚުދު އޭނާ ދުޢާ ކޮށްދިނުމެވެ.“

އައްޝިޢްބީ ވިދާޅުވިއެވެ: ”ސުންނަތް ގޮތަކީ މީހަކު ދަތުރަކަށް ނިކުންނަ ހިނދު، އޭނާގެ އަޚުން ގާތަށް ގޮސް އެވެރިންނާއި އަލްވަދާޢު ކިޔައި އެވެރިންގެ ފުށުން ދުޢާ ހޯދައި ޖަމާކުރުމެވެ. އަދި އޭނާ ދަތުރަކުން އެނބުރި އައިސްފިނަމަ، އެވެރިން އޭނާ ގާތަށްގޮސް ސަލާމާ ކުޅައުމެވެ.⁽⁴⁾

އަދި އިބްނުލް ހުމާމުގެ ”فتح القدير“ ގައި ވެއެވެ: ”ދަތުރުވެރިޔާ އޭނާގެ އަހުލުންނާއި އަޚުންނަށް އަލްވަދާޢު ކިޔައި، ހިތްހަލާލު ހޯދައި އެވެރިންގެ ފުށުން ދުޢާ އަށް އެދުމަށް، އެވެރިން ގާތަށް އޭނާ ދިޔުން ވެއެވެ. އަދި އޭނާ އެނބުރި އައުމުން، އެވެރިން އޭނާ ގާތަށް ޒިޔާރަތް ކުރުން ވެއެވެ.“⁽⁵⁾

އައްނަވަވީ ވިދާޅުވިއެވެ: ”އަދި އޭނާއަށް — އެބަހީ މުސާފިރަށް — މުސްތަޙައްބު ވެގެން ވަނީ، އޭނާ ގެ އަހުލުންނާއި ގާތްތިމާގެ މީހުންނާއި، އެކުވެރިންނާއި އަވަށްޓެރިންނަށް ދަތުރު ސަލާމް ކުރުމެވެ. އަދި އެވެރިން ފުށުން އޭނާއަށް ދުޢާއަށް އެދުމެވެ. އަދި އެވެރިންނަށް އޭނާ ދުޢާ ކޮށްދިނުމެވެ.“⁽⁶⁾

އެއްވެސް ޝައްކެތް ނެތް ގޮތުގައި، މުސާފިރު މިގޮތަށް ޢަމަލު ބެހެއްޓުމުން އެތަކެއް ފާއިދާތަކެއް އޭގެން ފޯދެއެވެ. އެގޮތުން މީގެ ސަބަބުން ރަހިމުގެ ގުޅުން ގާއިމުވެ، ލޯތްބާއި ގާތްކަން އުފެދި، ޢަދާވާތާއި ދެބަސްވުންތައް ވަޅުޖެހި، ދަތުރުމަތީގައިވާ ދުވަސްވަރު ގާތްތިމާގެ މީހުންނާއި އެކުވެރިން އޭނާގެ ޢާއިލާގެ ކަންކަން ބަލަހައްޓަދިނުން ވެއެވެ. މީގެ އިތުރުން އެވެރިން ފުށުން އޭނާ އަށް ދުޢާ ލިބި ، ވާޖިބުވެގެންވާ ނަސޭހަތްވެސް ފޯރުކޮށްދެވެއެވެ. ❝ — ނިމުނީ.



✏️އަހަރެން ބުނަމެވެ: އަދި މަތީގައި ނަންގަނެވުނު އިބްނުލް ހުމާމުގެ ”فتح القدير“ ބަސްކޮޅަކީ، ޙައްޖާއި ބެހޭ ބާބުގައި ގެންނެވި ބަސްފުޅެކެވެ. އަދި އޭގައި ވަނީ: (އޭނާ އަށް) ”މުސްތަޙައްބުވެގެންވާ ކަންކަމުގެ ތެރޭގައި... “ ދެން އަހުލުންނާއި އަޚުންނަށް ދަތުރު ސަލާމް ކޮށް ހިތްހަލާލުހީދައި ދުޢާައަށް އެދުމުގެ ވާހަކަ ނަން ގެންނެވިއެވެ. (فتح القدير، ابن الهمام، كتاب الحج [ ص: 2/408 ] މަޞްދަރު)

އަަދި އިބްނު ޢާބިދީން "رد المحتار على الدر المختار" (2/471) ގައި "ކިތާބުލް ޙައްޖު" ގެ ދަށުން "ޙައްޖުގެ ސުންނަތް ތަކާއި އަދަބުތައް" މިހެން ބާބު ކުރައްވައި، ވިދާޅުވިއެވެ: (އޭގެތެރޭ) ދަންނަ ރައްޓެހީންނަށް އަލްވަދާޢު (އެބަހީ: ދަތުރު ސަލާމް) ކުރުމާއި، ހިތްހަލާލު ހޯދުމާއި، އެވެރިންގެ ދުޢާ ލިބިގަތުން ވެއެވެ...“ والله أعلم


ـــــــــــــــــــ
[4] އިބްނު މުފްކިޙް ގެ "الآداب الشرعية والمنح المرعية" ٤٥٠/١.
[5] އައްޝަޥްކާނީ ގެ "فتح القدير، الجامع بين فني الرواية والدراية من علم التفسير" ۳۱٩/٢، އަދި ކުވެއިތުގެ "الموسوعة الفقهية" ٣٧٠/٤٢
[6] އަލްއިމާމް އައްނަވަވީ ގެ "الأذكار المنتخبة من كلام سيد الأبرار" (ت. محيي الدين مستو) ص ٢٤٧.

Читать полностью…

Galandān ގަލަންދާނު

🔴
مادمنا مع بعضنا
އަހަރެމެން އެކުގައިވާހާ ހިނދަކު
دامت مساعيد
އުފާވެރިކަން ދެމިއޮންނާނެތެވެ.

...

حبل الود يجمعنا
ލޯބީގެ ވާފަށްތަކުން އަހަރެމެން ޖަމަޢުވެއެވެ.
في عيد السعادة
...މިއުފާވެރިކަމުގެ ޢީދުގައެވެ!


🗒ތަރުޖަމާ ލިންކް | 🔗އޯޑިއޯ mp3

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

🔄
{...وَلِتُكَبِّرُوا۟ ٱللَّهَ عَلَىٰ مَا هَدَىٰكُمْ وَلَعَلَّكُمْ تَشْكُرُونَ}
(...އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް اللَّه އަށް ތަކްބީރު ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) ޝުކުރު ވެރި ވުމަށްޓަކައެވެ.)

الله أكبر.. الله أكبر.. الله أكبر

އިސްލާމް ކަމަށް އަހަރެމެންނަށް ހިދާޔަތް ދެއްވި اللّٰه އަށް ޙަމްދު ކުރަމެވެ. އަދި އެއިލާހަށް ކިޔަމަންގަތުމުގެ ނިޢުމަތް އަހަރެމެންނަށް ދެއްވީތީވެސް އެވެ. އެއިލާހުގެ ފަޟުލުވަންތަ ކަމާއި ދީލަތިވަންތަކަމަށް ޝުކުރުހުއްޓެވެ. އެއިލާހު ހަޒުރަތުން ރަޙްމަތާއި މަޣްފިރަތާއި ޤަބޫލަށް އެދި ދަންނަވަމެވެ. تَقَبَّلَ اللَّهُ مِنَّا وَمِنْكُم صالح الأعمال. [އަހަރެމެންނާއި ތިބާ ފުށުން (އަދައުކުރި) ޞާލިޙު ޢަމަލުތައް، اللّٰه ޤަބޫލުކުރައްވާށިއެވެ.]

ޙަދީޘް ޢިލްމުގެ އަމީރުލް މުއުމިނީން، ޝުޢުބަތު ބުނުލް ޙައްޖާޖު ވިދާޅުވި އެވެ: ޢީދު ދުވަހު ޔޫނުސް ބިން ޢުބައިދު އާއި ބައްދަލުވުމުން ވިދާޅުވިއެވެ: «تَقَبَّلَ اللَّهُ مِنَّا وَمِنْكَ» (އަހަރެމެންނާއި ތިބާގެ ފުށުން اللّٰه ޤަބޫލު ކުރައްވާ ށިއެވެ.) ❝


— އަލްމުޙައްދިޘް، އަބޫ ޞުޙައިބް، ޚާލިދުލް ޙާއިކު
~ ގަލަންދާނު

--------------------------
ނޯޓް: އައްޝެއިޚް، އަލްޙާފިޠު ޢަބްދު اللّٰه އައްސަޢްދު ވިދާޅުވިއެވެ: ”އަޞްޙާބު ބޭކަލުން އަރިހުން، ޢީދުގައި އެބޭކަލުން « تَقَبَّلَ اللَّهُ مِنَّا وَمِنْكُم » —މިހެން ވިދާޅުވާކަމަށް، ވާރިދުވެފައި ވެއެވެ.“

Читать полностью…

Galandān ގަލަންދާނު

📌 Permissibility to offer the sacrifice for those who have money on the day of Eid or the days of Al-Tashrīq

❝ A Muslim may sacrifice (Udh'ḥiyah for Eid) as long as the time for slaughter has not ended. You may sacrifice before sunset on the last day of Al-Tashrīq, and it is not necessary to make the intention before the ten days (of Dhul-Ḥijjah)❞

— Shaykh Khālid Al-Fulayj (hafiḍahullah) [quote]

~ Galandān


-------------------------
Note: The fatwā council of Islamweb stated responding to a question on this matter: ❝...If you attained money, even on the day of Eid or the days of Al-Tashrīq, and you want to make a sacrifice, then the sacrifice is permissible for you, and you will be rewarded for doing it, inshā Allah. In this case, you should refrain from cutting your hair and nails from the time you intended to make the sacrifice during the ten days (or after) until you slaughter your sacrifice, based on the statement of the Prophet ﷺ: “When the ten days (of Dhul-Hijjah) begin, and one of you wants to offer a sacrifice, let him not remove anything from his hair or skin.” narrated by Muslim (and others).❞ (See Fatwā no. 146513)

Читать полностью…

Galandān ގަލަންދާނު


އިތުރުއެކަލޭގެފާނުން صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ: «ما العمل في أيام أفضل منها في هذه» رواه البخاري (މި —ދިހަ ދުވަހުގައި— ކުރެވޭ ޢަމަލަށްވުރެ ހެޔޮކަން ބޮޑުވެގެންވާ އެއްވެސް ޢަމަލެއްނުވެ އެވެ.)

އެއީ ރޭގަނޑުގެ ފަހުބައިގައި ކުރެވޭ ދަމުނަމާދާއި އިސްތިޣުފާރު ފަދައެވެ. އަދި ޞަދަޤާތާއި ޢިލްމު ހޯދުމާއި، ﷲ ގެ މަގުގައި ޖިހާދު ކުރުމާއި އަދި އެނޫން އެންމެހާ ޞާލިޙު ޢަމަލުތަކެވެ.


އަދި ޢަރަފާތް ދުވަހުގެ ޢަމަލުތަކުގެ ތެރެއިން ސުންނަތުން ވާރިދުވެފައިވާ އަދި ސަލަފުން ދައްކަވާފައިވާ ކަންކަމުގެ ތެރޭގައި:


• އެދުވަހުގެ ރޯދަ: މުސްލިމް އަދި އެނޫން ބޭކަލުން ރިވާކުރެެއްވި ފަދައިން، ނަބިއްޔު صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ: «صيام يوم عرفة أحتسب على الله أن يكفر السنة التي قبله والسنة التي بعده» (ޢަރަފާތް ދުވަހުގެ ރޯދައިން ތިމަންކަލޭގެފާނު އުންމީދު ކުރައްވަނީ ފާއިތުވެދިޔަ އަހަރާއި އަންނަން އޮތް އަހަރުގެ ކައްފާރާއެއް ކަމުގައި ލެއްވުމަށެވެ.)

• އޭގައި ކުރެވޭ ދުޢާ، މިއީ، ދެޤަޥްލުން ކުރެ އެއްޤަޥްލުގައިވާ ފަދައިން — ޙާއްޖީންނާއި އެނޫން މީހުންނަށް ޢާންމުގޮތެއްގައެވެ. ޢަބްދު ﷲ ބުނު ޢަމްރު ބުނުލް ޢާޞް رضي الله عنهما އަރިހުން، ނަބިއްޔު صلى الله عليه وسلم ޙަދީޘް ކުރެއްވިޔޭ: «خير الدعاء دعاء يوم عرفة» (އެންމެ ހެޔޮ ދުޢާ އަކީ ޢަރަފާތު ދުވަހުގެ ދުޢާ އެވެ.) رواه الترمذي ( 3585 ) وحسَّنه الألباني އަދި މުރްސަލް ކޮށް މާލިކު ރިވާކުރެއްވިއެވެ: «أفضل الدعاء دعاء يوم عرفة» (އެންމެ ފަޟުލު ވެރި (މަތިވެރި) ދުޢާ އަކީ، ޢަރަފާތް ދުވަހުގެ ދުޢާއެވެ.) وحسَّنه الألباني.

އަލްބާޖީ رحمه الله ވިދާޅުވިއެވެ: އެބަހީ: އެންމެ ބަރަކާތްތެރި އަދި ޘަވާބުގެ ގޮތުން ބޮޑީ ޛިކުރުގައެވެ. އަދި އިޖާބަވުން އޭގައި ގާތެވެ. شرح الموطأ " ( 1 / 358 )

• الله تعالى ވަޙީ: "وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ"(الحج : الآية 28) މާނައީ: "އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކުގައި ތިޔަބައިމީހުން ﷲ ޛިކުރު ކުރާށެވެ." އިބްނު ޢައްބާސް ވިދަޅުވިއެވެ: އެނގިގެންވާ ދުވަސްތަކުގައި : (ޙައްޖުމަހުގެ) ދިހަ ދުވަހެވެ. (علقه البخاري عنه بصيغة الجزم به) އަދި ޛިކުރު ގެ ގޮތުގައި މިހިމެނެނީ، އެއިލާހު މަތިވެރި ކުރާ، ހުސްޠާހިރުކޮށް، ހިދާޔަތް ދެއްވި އެތީގެ މައްޗަށް ޙަމްދު ކުޅައުމުގެ ތެރޭވާ އެންމެހާ އެއްޗެކެވެ.

وأسأل الله أن لا يمر بنا خير إلا ووفقنا لإصابته إنه غني كريم

وصلى الله وبارك على سيدنا محمد وعلى آله وصحبه ومن تبعهم بإحسان الى يوم الدين.

بقلم أبي أيوب الحسيني حفظه الله‌‌


~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

މިފަތުވާގެ މަޞްދަރުތަކުގެ ލިންކުތައް މިވަނީ އަދާހަމަކުރެވިފައި.

Читать полностью…

Galandān ގަލަންދާނު

The Duʿā Upon Entering A Market Place, Is Ḍaʿīf

❝ The ḥadīth of Ibn ʿUmar regarding the remembrance of one who enters the market is not valid in marfūʿ form (quoted from the prophet ﷺ) nor as a mawqūf narration. And on this matter there is nothing similar to such a ruling proven nor acted upon. ❞

— Shaykh Sulaymān Al-ʿAlwān (text)

~ Galandān

---------------------
[Note] For a detailed discussion on the topic, refer to Islamqa (Fatwa no. 223533). Further more: Al-Ḥāyek said: “This narration is strongly munkar.” Al-ʿAdawī “Very weak.” Al-Ṭarīfī said: “It is munkar”. Al-Sʿad said: “Almost all Ḥuffāḍ agreed on its weakness.. it is a munkar ḥadīth.”
#حديث_ضعيف

Читать полностью…

Galandān ގަލަންދާނު


އަދި ކޮންމެހެން ކަމެއް ކުރިމަތި ކުރެވިއްޖެނަމަ ވިދާޅުވަނީ ތިޔަ މައްސަލަޔެއްގައި މިވެނި މީހެއް ބުނަނީ މިހެންނޭ، އަދި އެ މައްސަލައެއްގައި އަޙްމަދު ވިދާޅުވަނީ މިވެނި އެއްޗެކޭ، އަދި އައްޝާފިޢީ ވިދާޅުވަނީ މިވެނި އެއްޗެކޭ، އަދި މާލިކު ވިދާޅުވަނީ މިވެނި އެއްޗެކޭ، އަދި އަބޫ ޙަނީފާ ވިދާޅުވަނީ މިވެނި އެއްޗެކޭ އެވެ. ދެން ހަނު ހުންނަވައެވެ. އަދި ތިމަން ބުނަނީ މިވެނި އެއްޗެކޭ ނުވަތަ ރާޖިޙު ކަމަށް ދެކިލައްވާގޮތެއް ވިދާޅުނުވެއެވެ. މިއާ ޚިލާފަށް ޒުވާނުންގެ ތެރެއިން އެތައް ބަޔެއް ފުރަތަމަވެސް ފަށަނީ އެކަމެއްގައި އޮންނަ ރާޖިޙު ޤަޥްލުންނެވެ. (އެބަހީ: އޭނާއަށް އެނގޭ ގޮތުން ދަލީލަށް އެންމެ ބުރަދަން އޮތް ޤަޥްލެވެ.) އަދި ފަހަރެއްގައި އޭނާއަށް އެނޫން ރައުޔެއް ޚިލާފެއް އެކަމުގައި ވާކަން ނުވެސް އެނގިވެސް އޮވެދާނެއެވެ. އެހެނަސް ފުރަތަމަވެސް ބުނަނީ އޭގެ ރާޖިޙު ގޮތެވެ.]

⚪️ހަތަރުވަނަ މަރުޙަލާ: މިމަރުޙަލާގެ ނިމޭތަނަކަށް އެކެއް ވެސް ނުފޯރައެވެ. ނަބިއްޔެއް މެނުވީއެވެ. އެހެނީ ޢިލްމަކީ ހިކިފަހެއް ނުވާ ކަނޑެކެވެ.⁽¹⁾ ❝


— ޝެއިޚް ޢަބްދުއްސަލާމް އައްޝުވެޔިޢަރް
(ބުރެކެޓު ކުރެވިފައިވަނީ ވެސް ޝެއިޚުގެ އެހެން ދަރުސް އަކުން ނެގިފައިވާ ބައިތައް)

~ ގަލަންދާނު


---------------------
[1] އަހަރެންގެ ޝެއިޚު، ޢަބްދުލް ޙަފީޡް އައްޞޫމާލީ رحمه الله ވިދާޅުވިއެވެ: ”ޢިލްމަކީ ކަނޑެއްފަދަ އެއްޗެކެވެ. އެއަށް ފުރަތަމަ ފައިބާއިރު، އެމީހަކަށް ހުރެވެނީ ތިލަ ތަނެއްގައެވެ. އޭގެ މައްޗަށް ގަދަވެވި އެއެއްކޮށް އެނގިއްޖެކަމުގައި އޭނާއަށް ހީވެއެވެ. އެހެނަސް އެގެ ތެރެއަށް އޭނާ ފީނާވަރަކަށް، އެކަނޑުގެ ފުންކަމާއި އޭނާ އަށް ނޭނގޭވަރު ދަނެގަނެވެއެވެ.“

Читать полностью…

Galandān ގަލަންދާނު

~ ގަލަންދާދު 📣

Читать полностью…

Galandān ގަލަންދާނު

#حديث_ضعيف


⚠️ މަޝްހޫރު އެހެނަސް ބަލިކަށި ޙަދީޘެއް: ނިދުމުގެ ކުރިން މުސްލިމުންނާއިމެދު ހިތްސާފު ކުރި މީހާގެ ވާހަކަ

އަނަސް ބުނު މާލިކު رحمه الله ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއްފަހަރެއްގައި ތިމަންމެން ރަސޫލު ﷲ صلى الله عليه وسلم ގެ އަރިހުގައި ތިއްބާ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. " يَطْلُعُ عَلَيْكُمُ الْآنَ رَجُلٌ مِنْ أَهْلِ الْجَنَّةِ " "މިހާރު ތިޔަބައިމީހުންގެ ތެރެއިންދާ މީހާއަކީ ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިންވާ މީހެކެވެ." އެހިނދު، އަންޞާރިއްޔަ ބޭކަލަކު އެހެންލާފައި ވަޑައިގަތެވެ. އެބޭކަލެއްގެ ތުނބުޅީން ވުޟޫގެ ފެންތިކިތަ ފައިބައެވެ. އަދި އެބޭކަލެއްގެ އަތްޕުޅުގައި ފައިވާން ޖޯޑު އޮތެވެ.

އަނެއް ދުވަހުވެސް ކީރިތި ރަސޫލާ صلى الله عليه وسلم ހަމަ އެފަދައިން ޙަދީޘް ކުރެއްވިއެވެ. އަދި ކުރީ ދުވަހެކޭ އެއްފަދައިން އެދުވަހުސް އެހެންލާފައި ވަޑައިގަތީ ހަމަ އިއްޔެވެސް ވަޑައިގެންނެވި ކަލޭގެފާނެވެ. ތިންވަނަ ދުވަހުވެސް ކީރިތި ރަސޫލާ صلى الله عليه وسلم އެފަދައިން ޙަދީޘް ކުރެއްވިއެވެ. އަދި ހަމަ އެދުވަހުވެސް އޭގެ ކުރީދުވަހެކޭ އެއްފަދައިން، ހަމަ އެބޭކަލަކު އެންލާފައި ވަޑައިގަތެވެ.
ތިންވަނަ ދުވަހު ކީރިތި ރަސޫލާ صلى الله عليه وسلم އެ މަޖިލިހުން ވަޑައިގެންނެވުމުން، ޢަބްދު ﷲ ބުނު ޢަމުރު ބުނުލް ޢާޞް رضي الله عنه ތެދުވެވަޑައިގެން، އެޞަޙާބީގެ އަރިހަށް ވަޑައިގަތެވެ. އަދި އެކަލޭގެފާނުގެ ގޭގައި ދެތިން ދުވަހު ހުރުމުގެ އިޒުނައަށް އެދި ވިދާޅުވިއެވެ. "މި އުޅެނީ އަހުރެންގެ ބައްޕާ އާ މައްސަލައެއް ޖެހެ، ތިންދުވަސް ވަންދެން ގެއަށް ނުވަނުމަށް ހުވާ ކުރެވިގެންނެވެ. ތިބާގެ ގޭގައި މި ތިން ދުވަހު މަޑުކޮށްލެވިދާނެ ތޯއެވެ؟" އެބޭކަލަކު ވިދާޅުވިއެވެ. "އެންމެ ރަނގަޅެވެ."

އަނަސް رضي الله عنه ވިދާޅުވިއެވެ. ޢަބްދު ﷲ ބުނު ޢަމަރު رضي الله عنه ގެ ތިން ރޭ އެގޭގައި ހޭދަކުރިއިރު، އެބޭކަލަކު ރޭއަޅުކަމަށް ތެދުވެވަޑައި ނުގަންނަވާކަން ފާހަގަ ކުރެއްވިއެވެ. ފަތިސް ވަންދެން ތަންމަތީގައި އޮންނަވައެވެ. އަދި ހޭލެވިއްޖެނަމަ މާތް ﷲ ޒިކުރުކުރެއްވުން ނޫން ކަމެއް ފާހަގަ ނުކުރެއްވެއެވެ. ތިން ދުވަސް ހޭދަވުމުން، ޢަބްދު ﷲ ބުނު ޢަމުރު رضي الله عنه އެބޭކަލަކަށް ދެންނެވިއެވެ. "އަހުރެންގެ ބައްޕާ އާ މައްސަލައެއް ޖެހިގެނެއް ނޫޅެމެވެ. އަދި ރުޅިވެރިކަމެއްވެސް، ގެއަށް ނުވަނުމަކަށްވެސް ނުބުނަމެވެ. އެހެނެއްކަމަކު، އަހުރެމެން ކީރިތި ރަސޫލާ صلى الله عليه وسلم ގެ މަޖިލީހުގައި ތިއްބައި އެކަލޭގެފާނު މިފަދައިން ތިން ދުވަހު ޙަދީޘް ކުރެއްވިއެވެ. " يَطْلُعُ عَلَيْكُمُ الْآنَ رَجُلٌ مِنْ أَهْلِ الْجَنَّةِ " "މިހާރު ތިޔަބައިމީހުންގެ ތެރެއިންދާ މީހާއަކީ ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިންވާ މީހެކެވެ." އަދި އެ ތިން ދުވަހުވެސް އެތަނުން ވަޑައިގަތީ ކަލޭގެފާނެވެ. އެހެންވެ، ކަލޭގެފާނު ކުރައްވަނީ ކޮން ހެޔޮ ޢަމަލެއްތޯ ބަލައި، އުނގެނި، އެގޮތަށް ޢަމަލު ކުރުމަށް އެދޭތީ އަހުރެން މިގޭގައި މަޑުކޮށްލަން އެދުނީއެވެ. ނަމަވެސް ކަލޭގެފާނު މާގިނަ ހެޔޮ ޢަމަލުތަކެއް ކުރައްވާތީ، އަހުރެން ނުދެކެމެއެވެ. ވީމާ، ކީރިތި ރަސޫލާ صلى الله عليه وسلم ކަލޭގެފާނާމެދު އެފަދަ ބަހެއް ވިދާޅުވީ ކީއްވެގެން ތޯއެވެ؟"

އެބޭކަލަކު ދެންނެވިއެވެ. "ތިބާއަށް ފެނުނު ކަމެއް މެނުވީ އަހުރެން ކޮށް ނޫޅެމެވެ. އެކަމަކު، ކޮންމެ ރެއަކު އަހުރެން ނިދަން އޮށޯންނަހިނދު، އޮށޯންނަނީ އެންމެހާ މުސްލިމުންނާމެދު ހިތް ސާފުކޮށްގެންނެވެ. އެއްވެސް މީހަކާމެދު މަކަރެއް ޙީލަތެއް އަދި ހަސަދައެއް އަހުރެންގެ ހިތުގައި ނުބާއްވަމުއެވެ." އެހިނދު ޢަބްދު ﷲ ބުނު ޢަމްރު رضي الله عنه ވިދާޅުވިއެވެ. "ތިބާއަށް ލިބުނު ދަރަޖައަށް ގެންގޮސް ދިން ޢަމަލަކީ ތިޔައީއެވެ." (ރިވާކުރެއްވީ އަލްއިމާމު އަހްމަދު)



ޝެއިޚް ޢަބްދު ﷲ އައްސަޢްދު ވިދާޅުވިއެވެ: ”މިޙަދީޘް މަޢްލޫލެވެ. ޞައްޙައެއް ނޫނެވެ. އޭގައި ނަންހާމަނުވާ މީހެއް ވެއެވެ. އަދި އޭގެ ބަސްކޮޅުގައިވެސް މައްސަލަތަކެއް ވެއެވެ.“

ޑރ. ޚާލިދުލް ޙާޔިކް ވިދާޅުވިއެވެ: ”މިއީ ޟަޢީފު ޙަދީޘެކެވެ. “ އަދިވެސް ވިދާޅުވިއެވެ: ” (މިވާހަކަ އަކީ) މުންކަރު ވާހަކައެކެވެ. ފަހެ އެމީހާގެ ޚަބަރު ހޯދުމުގެ މަޤުޞަދުގައި ޢަބްދު ﷲ ބުނު ޢަމްރު ފަދަ ޞަޙާބީޔަކު ދޮގުހަދާނެހެއްޔެވެ؟ މިއީ ބާޠިލު ޚަބަރެކެވެ. އަދި މުންކަރާތުގެ ވާހަކައެކެވެ. މި ޞަޙާބީ މިކަމުން އަހަރެމެން ދުރުކުރަމެވެ. އަދި ބައެއް މީހުން ހަދާފަދައިން މިޢަމަލު ހަމަޖެއްސުމަށް މިހާދިޘާ އެކިގޮތްގޮތަށް މާނަކުރުމުގެ ބޭނުމެއް ނެތެވެ. ދޮގަކީ ގޮގެކެވެ.“

=

Читать полностью…

Galandān ގަލަންދާނު

”ހެޔޮ ޢަމަލުތައް“ (1)

 مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهِنَّ أَحَبُّ إِلَى اللَّهِ مِنْ هَذِهِ الْأَيَّامِ الْعَشْرِ
”މިދިހަ ދުވަހަށްވުރެ ، ހެޔޮ ޢަމަލުކުރުން މާތް الله ގެ ޙަޟްރަތަށް ލޮބުވެތިކަން ބޮޑު ދުވަސްތަކެއް ނުވެއެވެ.“ (ޙަދީޘް)

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

އިންފޮގްރެފިކްސް: ތަކްބީރު ކިޔުމުގެ ދަނޑިވަޅުތަކާއި އޭގެ ޞީޣާ

Читать полностью…

Galandān ގަލަންދާނު


📌 ޛުލް ޙިއްޖާ މަހުގެ ތަކްބީރު ތަކާއި ބެހޭ ފިޤުހުގެ މައްޗަށް ޚުލާޞާ

(އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އަލްޚުޟައިރް)


އަބޫ ޢުބައިދާ ބުނު ޢަބްދު ﷲ ބުނު މަސްޢޫދު رحمه الله ވިދާޅުވިއެވެ:

”މަގެއް މަތީ މީހަކު އިށީނދެ، އޭނާ އަތުގައި ދީނާރުގެ ގޯންޏެއް އޮވެމެ، އޭނާ ހުރަސް ކުރާ ކޮންމެ މީހަކަށް އެއިން ދީނާރެއް ދޭނަމަ، އަދި އޭނާ އާއި ވިދިގެން ހުރި އެނޫން މީހެއް، ﷲ تَعالَى އަށް ތަކްބީރު ކިޔާނަމަ، ފަހެ ތަކްބީރު ކިޔާ ފަރުދު އަޖުރުގެ ގޮތުން ބޮޑުވެގެން ވެއެވެ.“

(މިއަޘަރު) ރިވާކުރެއްވީ ޢަބޫ ނުޢައިމް، އެކަލޭގެފާނުގެ ޙިލްޔަތު ގައެވެ. އެއީ ޞައްޙަ ސަނަދަކުންނެވެ.

ތަކްބީރު ކިޔުމުގެ ވައްޓަފާޅި:

ފަހެ ނަބިއްޔު ﷺ އަރިހުން ވަކި މުޢައްޔިނު ގޮތެއްގައި ތަކްބީރު ކިޔުމުގެ ވައްޓަފާޅިއެއް ޘާބިތުކޮށް ވާރިދުވެފައި ނުވެއެވެ. އަދި ވާރިދުވެފައިވަނީ އެކަލޭގެފާނުގެ ބައެއް އަޞްޙާބުން رضي الله عنهم އަރިހުންނެވެ. އަދި އޭގެން އެންމެ ޞައްޙަ ގޮތްތައް އަހަރެމެން ކުރިޔަށް ގެނެސް ދޭނަމެވެ.


ތަކްބީރު އަޑު ހަރުކޮށް ކިޔުން ޝަރުޢު ވެގެންވުން:

އަލްބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި މުޢައްލަޤުކޮށް (ސަނަދު އެއްކޮށް ނުލިޔުއްވައި) ރިވާކުރެއްވިއެވެ:

”ޛުލް ޙިއްޖާ މަހުގެ ދިހަ ދުވަހު ތެރޭ އިބްނު ޢުމަރު އާއި އަބޫ ހުރައިރާ ބާޒާރު މައްޗަށް ނިކުމެވަޑައިގެން ތަކްބީރު ވިދާޅުވެތެވެ. އަދި އެދެބޭކަލުންގެ ތަކްބީރާއި އެކު މީސްތަކުންވެސް ތަކްބީރު ކިޔަތެވެ.“

‏އިބްނު ރަޖަބް ވިދާޅުވިއެވެ: މިއީ އިބްނު ޢުމަރު އާއި އަބޫ ހުރައިރާ އަރިހުން މުޖާހިދު އަރިހުން ޙުމައިދު އަރިހުން ސަލާމް އަބުލް މުންޛިރު ގެ ރިވާޔަތް ތަކުގެ ތެރެއިން އެއްޗެކެވެ.

އަހަރެން (އަލްޚުޟައިރު) ބުނަމެވެ: އޭގެ ސަނަދަކީ މައްކީ ޞައްޙަ ސަނަދެކެވެ.

ފުރަތަމަ ވައްޓަފާޅި:

އަބުލް އަޙްވަޞް އަރިހުން ރިވާވެގެން ވެއެވެ: ވިދާޅުވިއެވެ: ޢަބްދު ﷲ ބުނު މަސްޢޫދު رضي الله عنه ވިދާޅުވެ އުޅުއްވިއެވެ: اللهٌ أَكْبَرُ، اللهٌ أَكْبَرُ، لَا إِلَه إِلَّا الله، وَاللهُ أَكْبَرُ، اللهٌ أَكْبَرُ، وَلله الحَمْدُ

ރިވާކުރެއްވީ އިބްނު އަބީ ޝައިބާ ޞައްޙަ ކޫފިއްޔަ ސަނަދަކުން ނެވެ.

ދެވަނަ ވައްޓަފާޅި:

އަބޫ ޢުޘްމާނުއް ނަހްދީ އަރިހުން ތިވާވެގެންވެއެވެ. ވިދާޅުވިއެވެ: ސަލްމާނުލް ފާރިސީ رضي الله عنه އަހަރެމެންނަށް ތަކްބީރު އުނގަންނަވައި ދެއްވައި އުޅުއްވިއެވެ. ވިދާޅުވެތެވެ:

ތަކްބީރު ގޮވާށެވެ: اللهٌ أَكْبَرُ، اللهٌ أَكْبَرُ كَبِيراًً ނުވަތަ ވިދާޅުވެއޭ ތަކްބީރަށް: اللّهُم أَنْتَ أَعْلَى وأَجَلُّ

ރިވާކުރެއްވީ އަލްބައިހަޤީ އެވެ. އަދި އަލްޙާފިޠު އޭގެ ސަނަދު ޞައްޙަ ކުރެއްވިއެވެ.

އަހަރެން ބުނަމެވެ: އޭގެ (ސަނަދުގެ) ރާވީން ނަކީ ޘިއްޤާ ބޭކަލުންނެވެ. އަދި އޭގެ ސަނަދު ވަރުގަދަ އެވެ.

ތިންވަނަ ވައްޓަފާޅި:

ޢިކްރިމާ އަރިހުން އިބްނު ޢައްބާސް رضي الله عنهما އަރިހުން، އެކަލޭގެފާނު ވިދާޅުވެތޭ:

اللهٌ أَكْبَرُ كَبِيراًً، اللهٌ أَكْبَرُ كَبِيراًً، اللهٌ أَكْبَرُ، وَأَجَلُّ اللهٌ أَكْبَرُ، وَلِلهِ الحَمْدُ

ރިވާކުރެއްވީ އިބްނުލް މުންޛިރު "އަލްއަޥްސަޠު" ގައެވެ. އަދި އަލްބައިޙަޤީ އެވެ. އެއީ އަޅައިގަތުމެއް ނެތް ރަނގަޅު ބަޞަރީ ސަނަދަކުންނެވެ.

ނަބިއްޔު ﷺ ނަމާދުން އަވަދިވެވަޑައިގެން ތަކްބީރު ކިޔުއްވިކަމަށް ޙަދީޘެއް ވާރިދުވެފައި ނުވެއެވެ. އެކަން ޘާބިތުވެފައިވަނީ އަޞްޙާބު ބޭކަލުން رضي الله عنهم އަރިހުން ނެވެ.

އިމާމް އަލްބުޚާރީ އިޚްތިޔާރު ކުރެއްވި ގޮތް ކަމަށް ފާޅުވަނީ، މުޤައްޔަދު ތަކްބީރު (އެއީ ޢަރަފާތް ދުވަހުގެ ފަތިސް ނަމާދުން އައްޔާމުއް ތަޝްރީޤުގެ ފަހު ދުވަހުގެ އަޞްރު ނަމާދާއި ހަމަޔަށް، ކޮންމެ ނަމާދެއް ސަލާމް ދިނުމަށްފަހު — ކޮންމެ ފަރުދެއް އަމިއްލަޔަށް — ކިޔާ ތަކްބީރު) އެކަލޭގެފާނު ކަނޑަ ނުއަޅުއްވަކަމެވެ. އަދި އެކަލޭގެފާނު ޞަޙީޙު ގައި ބާބު ކަނޑައަޅުއްވާފައިވާ ގޮތުން ފާޅުވަނީ، ތަކްބީރު ވަނީ މުޠްލަޤު ކޮށް ކަމެވެ. (އެއީ ޛުލް ޙިއްޖާ ދިހަ ދުވަހާއި އައްޔާމުއް ތަޝްރީޤު ގެ ފަހު ދުވަހުގެ އިރު އޮއްސުމާއި ހަމަޔަށް ވަކި ޚާއްޞަ އަދަދަކާއި ދަނޑިވަޅެއް ނެތި ކިޔޭ ތަކްބީރެވެ.)
والله وأعلم.

އަލްމަރްވަޒީ، މައިމޫނު ބުނު މިހްރާން އަރިހުން ރިވާކުރެއްވިއެވެ. ވިދާޅުވިއެވެ: ”މީސްތަކުން (ޛުލް ޙިއްޖާ) ދިހަ ދުވަހުގައި ތަކްބީރު ކިޔުމުގައި ވަނިކޮށް އަހަރެންނަށް ފެނުނެވެ. އޭގެ ގިނަގުނަ ކަމުން (އެއަޑުތަކަކީ) ރާޅުބާނީ ތަކެއް ގޮތުގައި އަހަރެންނަށް ސިފަ ވެގެންދިޔައެވެ.“ އަދިވެސް ވިދާޅުވިއެވެ: ތަކްބީރު ކިޔުން ދޫކޮށް މީސްތަކުން ވަނީ މިހާރު (މިކަމުގައި) ހީނަރުވެފައެވެ.“

(މި އަޘަރު) ޛިކުރު ކުރެއްވީ އަލްޙާފިޠު އިބްނު ރަޖަބް "ފަތުޙުލް ބާރީ" ގައެވެ.


=

Читать полностью…

Galandān ގަލަންދާނު


🌘 ޛުލް ޤައިދާ މަސް ނިމި، މާދަމާ އަކީ ބަރަކާތް ތެރި ޛުލް ޙިއްޖާ މަހުގެ ފުރަތަމަ ދުވަހެވެ.

އެހެންކަމުން މިރޭ އިރު އޮއްސުމާއި އެކު މިބަރަކާތްތެރި ދިހަ ދުވަސް ފެށުނީއެވެ.


‏الله ﷻ ވަޙީ ކުރެއްވިއެވެ:

﴿وَالْفَجْرِ وَلَيَالٍ عَشْرٍ﴾
”ފަތިސް ގަންދެއްވަމެވެ. އަދި ދިހަ ރޭ ގަންދެއްވަމެވެ.“

[الفجر : ١-٢]

އިބްނު ޖަރީރް އައްޠަބަރީ ވިދާޅުވިއެވެ:

”އަޅަމެންގެ ރައްބު ފަތިސް ގަންދީ ހުވާ ކުރެއްވީ އެއަށް ޘަނާ ވަޙީ ކުރެއްވުމުގެ ގޮތުންނެވެ. އެއީ ދުވާލުގެ ފެށުމެވެ. އަދި މަތިވެރި އެއްޗަކުން މެނުވީ އެއިލާހު ހުވާ ނުކުރައްވަތެވެ.“

އެއިލާހުގެ ވަޙީ: وَلَيَالٍ عَشْرٍ (އަދި ދިހަ ރޭ ގަންދެއްވަމެވެ.)

އިބްނު ޢައްބާސް އާއި މުޖާހިދު އަދި ޤަތާދާ ތަފްސީރު ކުރެއްވީ، މިއީ ޙައްޖު މަހުގެ ދިހަ ދުވަސް ކަމުގައެވެ.

~ގަލަންދާނު

Читать полностью…
Subscribe to a channel