🔴ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވިއެވެ:
أَنَّ الِاعْتِرَاضَ وَالْقَدْحَ لَيْسَ بِعِلْمِ وَلَا فِيهِ مَنْفَعَةٌ. وَأَحْسَنُ أَحْوَالِ صَاحِبِهِ : أَنْ يَكُونَ بِمَنْزِلَةِ الْعَامِّيِّ وَإِنَّمَا الْعِلْمُ فِي جَوَابِ السُّؤَالِ
❞ އިޢުތިރާޟު ކުރުމާއި⁽¹⁾ އެއްޗެހިގޮވުމީ⁽²⁾ ޢިލްމުވެރިކަމެއް ނޫނެވެ. އަދި އޭގައި މަންފާޢުއެއް ވެސް ނުވެއެވެ.⁽³⁾ އެންމެ ހެޔޮކޮށް ބުންޏަސް އެފަދަ މީހަކީ ޢާންމު މީހެއްގެ ދަރަޖައިގައިވާ މީހެކެވެ.⁽⁴⁾ އަދި ހަމަކަށަވަރުން ޢިލްމުވެރިކަން ވަނީ (ކުރެވުނު) ސުވާލަށް (ސާފު) ޖަވާބުދިނުމުގައެވެ. ❝
(مجموع الفتاوى ٤ /٢٧-٢٨)
~ ގަލަންދާނު
ـــــــــــــــــــــ
(1) އިއުތިރާޒު: ދެކޮޅު ހަދާހެދުން، ޤަބޫލު ނުވާނުވުން، ނުރުހުންވާ ނުރުހުން (ދިވެހިވަހުގެ ރަދީފުން)
ދަލީލެއް ގެނައުމުން އެޔަށް ޢިލްމީގޮތުން (މިސާލަކަށް، ޞައްޙަ ނޫން ކަމަށް ނޫނީ ސަލަފުންގެ ނަޒަރުގައި އޭގެ މާނައަކީ އެއެއް ނޫންކަމަށް، ނޫނީ އެއާއި ޚިލާފަށްވާ ސާފު ދަލީލެއް ފަދަ) ރައްދެއް ނުދީ ދެކޮޅުހެދުމެވެ.
(2) އެއްޗެހިކިޔުމާއި އެއްޗެހިގޮވުމީ: ކަމަކާއި ހިތާނުވެގެން ދައްކާވާހަކައެވެ. އަދި އޭގެތެރޭގައި އަނެކާގެ ބަސްތަކަށް (އިންކާރައިގެ) ފާޑުކިޔުމާއި މަލާމާތާއި ފުރައްސާރަހިމެނެއެވެ. މުނާފިޤުންގެ ޞިފަތަކުގެ ތެރޭ، އިތުރުއެކަލޭގެފާނުން ﷺ ޙަދީޘް ކުރެއްވިއެވެ: "إذا خاصم فجر" ”ޖަދަލު ކުރާހިނދު، ފާޖިރު ވެއެވެ.“ ޢިލްމުވެރިން ވިދާޅުވެތެވެ: މިތާނގައި ފާޖިރު ވުމުގެ މަޢުނައީ: (ޖަދަލުގައި) ޙައްޤު ބާޠިލަށް ހަދާލުމާއި ހަމަޔަށް، ޙައްޤުން އެއްކިބާވުމެވެ. އަދި ބާޠިލު ޙައްޤަށް ހަދާލުމެވެ. އަދި މިއީ ދޮގުގެ ސަބަބުން ނިކުންނަ ނަތީޖާއެވެ. ނަބިއްޔު ﷺ ޙަދީޘް ކުރެއްވިފަދައިންނެވެ: «إيّاكم والكذب ، فإنَّ الكذب يهدي إلى الفجور ، وإنَّ الفجور يهدي إلى النار» (ދޮގު ހެދުމުން ތިޔަބައިމީހުން ރައްކާތެރިވާށެވެ. ފަހެ ހަމަކަށަވަރުން ދޮގުވެރިކަން މަގުދައްކަނީ الفجور އަށެވެ. އަދި الفجور މަގުދައްކަނީ ނަރަކައަށެވެ.)
(3) އެފަދަ މީހަކާއި ޖަދަލުކުރުމުގެ ފައިދާއެއް ނުވެއެވެ.
(4) އެއީ ޖާހިލުންގެ ސިފައެކެވެ.
✅ ❝ The Muslim must accustom himself in accepting the truth from who ever it is brought. It is not necessary that everything an innovator says is false, and it is not necessary that if you are following the Haqq and the Sunnah that everything you say is haqq (the truth). Verily some of what you say may be false, hence you should be careful with your inner self (nafs), and should weigh people on the scales of justice, and beware of hawā (whims and desires of the soul), for hawā accompanies with its companion just as a wound accompanies its companion. As Abu Tammām said: “The harm to the religion by worshipping the hawā is worse than the harm caused by worshipping to idols.”⁽¹⁾ Hence some of the salaf said: “The reason why desires are called al-hawā is because they cause the one who follows them to “yahwī” – fall – into the hellfire”⁽²⁾ ❞
— Shaykh Sulaymān bin Nāṣir Al-ʿAlwān (text)
~ Galandān
-------------------------
[1] These are lines of poetry, by the poet Abū Tammām (231 h), which reads:
وعِبَادَة ُ الأهوَاءِ في تَطْويحِها
** بالدين فوْقَ عِبَادَة ِ الأصنَامِ
[2] This was quoted from Al-Shaʿbī (104 h.) «قال الشعبي : إنما سمي الهوى لأنه يهوي بصاحبه في النار . ـ»
②
⏺އަދި ބައެއްމީހުން އެހެންމީހުން ހެއްވާލުމަށްޓަކައި މަލާމާތްކޮށް މަޖާކުރުމުގެގޮތުން ޣީބަބުނެ އުޅެތެވެ. ދެން އޭނާ އެމީހަކަށް ފުރައްސާރަކޮށް އޭނާއަށް މަލާމާތްކުރުމުގެ ގޮތުން ވައްތަރުޖައްސައި އޭނާ ކުޑަކޮށްލައެވެ. (މިދެންނެވި ފަދައިން އޭނާގެ ކުރިމަތީ ތިބޭމީހުންހެއްވާލާ މުނިފޫހި ފިލުވާދިނުމަށްޓަކައި އެނެކުންގެ އަޢިބުކިޔާ މަޖާކޮށް ހީހެދުމަކީ ވަރަށްގިނަމީހުން ނޭނގިނަމަވެސް ކުރަމުން އަންނަ ކަމެކެވެ.)
⏺އަދި ބައެއްމީހުން އަޖައިބުވުމުގެ ގޮތުންވެސް ޣީބަބުނެއުޅެތެވެ.
⚠️ފަހެ އޭނާ ބުނެތެވެ. އެވެނި މީހަކާމެދު އަހަރެން އަޖައިބުކުރުވައިފިއެވެ. އޭނާ އެވެނި މިވެނި ކަމެއް ނުކުރީ ކީއްވެ ހެއްޔެވެ. އަދި އެވެނި މީހަކު އެވެނި އެވެނި ކަމެއްގެ ތެރެއަށް ވަދެގަތީ ކިހިނަކުން ހެއްޔެވެ. އަދި އެވެނި މީހަކު އެވެނި މިވެނި ކަމެއްކުރީ ކިހިނަކުން ހެއްޔެވެ. ދެން ފަހެ އޭނާ އަޖައިބުވާޙާލު ޣީބަ ބުނެވޭ މީހާގެ ނަންގަނެ ޣީބަބުނެއުޅެތެވެ.
🤚[މިދެންނެވި ފަދައިން ޣީބަބުނެއުޅެނީ ވަރަށް އަންތަރީސްވާކަމަށް ހެދިގެންނެވެ. މީހެއްގެ ކޮންމެވެސް ޢައިބެއް ނުވަތަ މީހެއްގެ ނުބައިވާހަކައެއްދައްކާފައި އެއީ ވަރަށް ހައިރާންކުރަނިވިކަމެއް ކަމުގައި ހަދައެވެ.]
⏺އަދި ބައެއް މީހުން ޣީބަބުނެއުޅެނީ އަނެކާގެމައްޗަށް އޭނާ ދެރަވާކަމަށްދައްކައި އެފަދަ ވާހަކައެއް ދައްކައިގެންނެވެ.
⚠️ފަހެ އޭނާ ޣީބަބުނުމަށްޓަކައި ބުނެއުޅެތެވެ. އެވެނި އެވެނި މީހަކަށް އެދިމާވި ކަންތަކާއި މެދު އަހަރެން ވަރަށް ދެރަވެއްޖައީމެވެ. ދެން އަޑުއަހާމީހުން ހީކުރާނީ އޭނާ އަނެކާގެ މައްޗަށް ހަމްދަރުދީވެ ހިތާމަކުރާކަމަށެވެ. އަދި އޭނާގެ ހިތްވަނީ އެވާހަކަ ދެކެވޭމީހާގެ މައްޗަށް ޙަމްދަރުދީވެގެންކަމަށް އަޑުއަހާމީހުން ހީކުރާނެއެވެ. އަދި އޭނާއަށް ކުޅަދާނަވެގެންވާނަމަ ވާހަކަދެކެވޭ މީހާގެ ގައިގައި ހުރިވަރަށްވުރެ އިތުރަށް އިތުރުކޮށްގެން ވާހަކަދައްކާނެއެވެ.
[މިވެސް ޣީބަ ބުނުމުގައި ވަރަށް ޢާންމު ވައްތަރެކެވެ. އެފަދަމީހުން މާބޮޑަށް ހަމްދަރުދީވާކަމުގައިހެދި އަނެކާގެގައިގައި ހުންނަ އުނިކަންކަމުގެ ވާހަކަދައްކައި އަނެކާ ބޭޒާރުކޮށްލަނީއެވެ.]
🤚 މިފަދަ ކަންކަމަކީ އަދި މިނޫންވެސް މިފަދައެހެންކަންކަމަކީ ހިތުގެ އެންމެ ބޮޑެތި ބަލިމަޑުކަމުގެ ތެރެއިންވާ ބަލިމަޑުކަމެވެ. އަދި މިއީ ﷲއަށާއި އެއިލާހުގެ އަޅުތަކުންނަށް އޮޅުވާލުމެވެ.
⏺އަދި ބައެއްމީހުން ޣީބަބުނެއުޅެނީ ރުޅިއަންނަކަމުގައި ހަދައި، މުންކަރާތްތަކަށް އިންކާރުކުރުމުގެ ގޮތުންނެވެ. މިފަދައިން ކަންތައްކުރަނީ އެމީހުންގެ ބަސްމަގު އޮމާންކޮށް ރީތިކުރުމުގެ ގޮތުންނެވެ. އެމީހުންގެ މަޤްޞަދަކަށްވެފައިވަނީ އެނެކުންގެ ކުރިމަތީ އެހެން މީހުންގެ ޢައިބުތައް ހާމަކުރުމެވެ.
وَاللَّهُ الْمُسْتَعَانُ ❝
— [مجموع الفتاوى 28/ص: 236-238]
ــــــــــــــــــــــ
[ނޯޓް] މިއީ ދިސަލަފިޔާ ވެބްސައިޓުގައި ޝާއިޢު ކުރެވިފައިވާ ލިޔުމެއް. އޭގައިވާ ކުޑަ ކުށަކަށް އިޞްލާޙެއް ގެނެވިފައިވާނެއެވެ. އަދި [ބުރެކެޓު] ގައި ވާ ބައިތަކަކީ މުތަރުޖިމު، މުއުތަމިން އަޙްމަދު (سدده الله) ގެ ތަފްޞީލުތަކެވެ.
~ ގަލަންދާނު
📖 Holding On To Means To Achieve The Objectives Of This World, And Ḥukum Of Those Who Deny This Reality
The author of "Characteristics Of The Victorious Party" ⁽¹⁾ — May Allah guide him — under the headline “This is our ʿAqīdah” , stated:
And the Dunyā is the place of means (asbaab) whose abandonment is not permissible so long as one has the ability to perform them. And relying upon them is Shirk, and leaving them is disobedience, and not acknowledging them is Zandaqah.
•••
އަލްބުހޫތީ ވިދާޅުވިއެވެ:
❞ ⌝ޢިލްމުވެރީންގެ⌜ ދެބަސްވުމެއް ނެތް ގޮތުގައި، ހުކުރު ނަމާދުގެ އާޚިރު ވަޤުތަކަކީ، މެންދުރު ނަމާދުގެ އާޚިރުވަޤުތެވެ.❝ اهـ. ”ކައްޝާފުލް ޤިނާޢި“ (2/28)
އަހަރެން ބުނަމެވެ: ވީމާ އިރުމެދުން ވީއްލުމަށްފަހު، މެންދުރު ވަޤުތު އަވަދިނުވަނީސް ހުކުރުކޮށްފި މީހާ، ވަޤުތުން ބޭރުވެއްޖެކަމަށް ބުނުމީ އިޖުމާޢުއާ ޚިލާފުވުމެކެވެ.
ފަހެ އެނަމާދުގެ ވަޤުތަކީ މެންދުރުނަމާދު ވަޤުތުކަމާއި އިރުމެދުން ނެއްޓުމަށް ފަހުގައި ކަމުގެ މައްޗަށް އިޖުމާޢު ގެންނެވި ބޭކަލުންގެ ތެރޭ: އިބްނުލް މުންޛިރު⁽¹⁾ އާއި، އިބްނު ޢަބްދުލް ބައްރު⁽²⁾ އާއި، އިބްނުލް ޢަރަބީ⁽³⁾ އާއި، އިބްނު ޤުދާމާ⁽⁴⁾ އާއި އައްޒައިލަޢިޔު⁽⁵⁾ އަދި އައްޒަރްކަޝިއްޔު⁽⁶⁾ ހިމެނިވަޑައިގަންނަވައެވެ.
އިބްނު ޢަބްދުލް ބައްރު ވިދާޅުވިއެވެ: ”މެންދުރު ނަމާދުގެ ވަޤުތުގެ ތެރޭގައި ⌝ހުކުރު⌜ ކޮށްފިނަމަ، އެނަމާދުގެ ވަޤުތުގައި އެނަމާދު އަދައުކޮށްފި ކަމުގެ މައްޗަށް އެއުރެން (އެބަހީ: ޢިލްމުވެރިން) އިޖުމާޢުވެލެއްވިއެވެ.“
~ގަލަންދާނު
--------
(1) الأوسط 3/48
(2) التمهيد 8/73
(3) عارضة الأحوذي 2/292
(4) المغني 2/219
(5) تبيين الحقائق 1/219
(6) شرح الزركشي على مختصر الخرقي 2/164
🔺
އަލްވަލާއު (އެކުވެރިކަމާއި ވާގިވެރިވުން) ބިމުގެ މައްޗަށް ވީނަމަ، ނަބިއްޔާ ﷺ މައްކާ ދޫނުކުރެއްވީހެވެ.
ޤަބީލާއަށްޓަކައި ވީނަމަ، ޤުރައިޝުންނާއި ހަނގުރާމަ ނުކުރެއްވީހެވެ.
ޢާއިލާއަށްޓަކައި ވީނަމަ، އަބޫ ލަހަބުގެ ފުށުން ބަރީއަވެ ނުލެއްވީހެވެ.
އެހެނަސް <<ޢަޤީދާ>> ލެޔާއި ވެއްޔަށް ވުރެ މާ ލޮބުވެތި ވެގެންވެއެވެ.
~ގަލަންދާނު
📌ދަތުރަކު ނިކުންނަ މީހާ، ގާތްތިމާގެ މީހުންނާއި އަވަށްޓެރިންނާއި އެކުވެރިންނަށް އަލްވަދާޢު ކިޔައި ހިތްހަލާލު ހޯދުމުގެ މާތްކަން.
①
#حديث_صحيخ
އިބްނު ޢަބުދިލް ބައްރު "بهجة المجالس" ގައި ވިދާޅުވެފައިވެއެވެ: "ތިޔަބައިމީހުން ކުރެ މީހަކު ދަތުރެއްގައި ނުކުމެއްޖެނަމަ، އެމީހެއްގެ އަޚުންނަށް އަލްވަދާޢު ކިޔާ ހުށި ކަމެވެ. ހަމަކަށަވަރުން އޭނާގެ އަޚުންގެ ދުޢާގައި މާތް ﷲ ބަރަކާތް ލައްވާފައިވެއެވެ.“
ސާލިމް ބުނު ޢަބްދިﷲ ބުނު ޢުމަރުގެ އަރިހުން ރިވާވެގެން ވެއެވެ: އެކަލޭގެފާނު ވިދާޅުވިއެވެ: ”ތިމަންކަލޭގެފާނުގެ ބައްޕަ ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހު- އަށް މީހަކު ދަތުރަކު ފުރަން އުޅޭކަން އެނގި ވަޑައިގެންފިނަމަ އެމީހެއްގެ ގާތުގައި ވިދާޅުވެއެވެ. ”ރަސޫލު ﷲ ﷺ ތިމަންމެންނަށް އަލްވަދާޢު ވިދާޅުވި ގޮތަށް ތިބާ އަށް އަލްވަދާޢު ކިޔުމަށް ޓަކައި ގާތްވެލާށެވެ.“ ދެން ވިދާޅުވެއެވެ: «أَسْتَوْدِعُ اللَّهَ دِينَكَ وَأَمَانَتَكَ وَخَوَاتِيمَ عَمَلِكَ» ”ތިބާގެ ދީނާއި، ތިބާގެ އަމާނަަތާއި، (ތިބާގެ އަހުލުވެރިންނާއި، ތިބާ މީސްތަކުންނާއި ހަވާލުކޮށްފައިވާ އަމާނާތް ) އަދި ތިބާގެ އެންމެ ފަހު ޢަމަލު ، މާތް ﷲ އާއި ހަވާލުކުރަމެވެ.“
ރިވާކުރެއްވީ އައްތިރުމިޛީ (3443) ގައެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ: ”މިސަނަދުން މިޙަދީޘު މ، ޙަސަން ޞަޙީޙު ޣަރީބެވެ.“ ⁽¹⁾
🟥”ކުނޫޒު ރިޔާޟުއް ޞާލިޙީން“ ގައި ބަޔާން ވެވުނު ޙަދީޘުގެ ދަށުން ވެއެވެ:
📝 މިޙަދީޘުން ނެގޭ ފިޤުހު:
ދަތުރުފަތުރުގެ އަދަބުތައް: އައްނަވަވީ އެކަކޭގެފާނުގެ ފޮތް "އަލްމަޖްމޫޢު" އަދި "އަލްއަޛްކާރު" ގައި ⁽²⁾ ދަތުރުފަތުރުގެ އަދަބުތައް ޛިކުރު ކުރެއްވިއެވެ. އޭގެތެރެއިން އަންނަނިވި ކަންކަން ބަޔާން ކޮށްލުން މުޙިއްމެވެ:
1. މުސާފިރު ޙައްޖަށްޓަކައި ނުވަތަ ހަނގުރާމައަށްޓަކައި ނޫނީ އެނޫން ކަމެއްގައި ވިޔަސް ދަތުރަކަށް ޢަޒުމު ކަނޑައަޅާ ހިނދު، އޭނާ އެކަންތައް ފަށައިގަތުން ވަނީ އެންމެހާ އުރެދުންތަކުން ތަޥްބާވުމުންނެވެ. އަދި ޚަލްޤުތަކުންނަށް ވެއްޖެ ބޭއިންސާފާއި އަނިޔަލަކުން ސާފުވެގަތުމުންނެވެ. އަދި ކެރިކުޅަދާނަވީ ވަރަކުން ދޭން ހުރެއްޖެ ދަރަންޏެއް ދައްކައި އަތުގައި ހުރެއްޖެ އަމާނަތެއް ރައްދުކޮށްގެންނެވެ. އަދި އޭނާ އާއި އެކު މުޢާމަލާތެއް ކުރިޔަށް ދާ އެންމެހާ މީހެއްގެ މުޢާމަލާތެއް ނޫނީ ބައިވެރިވުމެއް ޚަލާސް ކޮށްގެންނެވެ. އަދި އޭނާގެ ވަޞިއްޔަތް ލިޔެ އެއަށް ހެކިވެރިން ހެކިކުރުވައިގެނެވެ. އަދި ނުދެއްކި ހުރެއްޖެ ދަރަންޏެއް ނަމަ އެއާއި ހަވާލުވާނޭ ޒިންމާދާރެއް ޢައްޔަނުކުރުމެވެ. އަދި އޭނާ ގެ ޢާއިލާއާއި އޭނާ ގެ ޒިންމާގެ ދަށުގައި ވާ ބަޔަކަށް ދަތުރުން ރުޖޫޢަވުމާއި ހަމަޔަށް ބޭނުންވާނޭ ޚަރަދުތައް ހަމަޖައްސައިދިނުމެވެ. އަދި ސުންނަތް ކަންތައް ތަކުގެ ތެރޭގައި، ﷲ تعالى ޙަޟުރަތަށް އިސްތިޚާރާ ކުޅައުން ވެއެވެ. އެގޮތުން ފަރުޟު ނަމާދު ނޫން ދެރަކުޢަތް ނަމާދެއް ކޮށް އަލްއިސްތިޚާރާ ގެ ދުޢާ ކުރުން ވެއެވެ. އަދި މައިންބަފައިންނާއި އެބަޔަކަށް ކަމޭހިތައި ކިޔަމަންގަންނަން ޖެހޭ ފަރާތް ތަކުގެ ރުހުން ހޯދުން ވެއެވެ.⁽³⁾
2. އޭނާގެ އަހުލުންނާއި އަވަށްޓެރިންނާއި އެކުވެރިންނާއި އެންމެހާ ލޯބިވާ ފަރާތްތަކަށް ވަކިވުމުގެ ސަލާމް (އަލްވަދާޢު) ކިޔުން މުސްތަޙައްބު ވެގެންވެއެވެ. އަދި އެއިން ކޮންމެ މީހެއް އޭނާގެ މިއެކުވެރިޔާއަށް: أَسْتَوْدِعُ اللَّهَ دِينَكَ وَأَمَانَتَكَ وَخَوَاتِيمَ عَمَلِكَ [زودك الله التقوى، وغفر لك ذنبك، ويسر الخير لك] — އޭ ކިޔައި މިބާބުގައިވާ ދުޢާތައް ކޮށްދިނުން ވެއެވެ.
ـــــــــــــــــــ
[1] އަލްޢުޞައިމީ ވިދާޅުވިއެވެ: ”މިޙަދީޘު ރިވާކުރެއްވީ އައްނަސާއީ ފިޔަވައި ސުނަން ފޮތްތަކުގެ ބޭކަލުންނެވެ. އޭގެ ސަނަދު ޞައްޙައެވެ.“ ފަހަދުއް ސުނީދު ވިދާޅުވިއެވެ: ”މިޙަދީޘު ޞައްޙައެވެ.“ އައްސަޢްދު ވިދާޅުވިއެވެ: ”ދަތުރުވެރިޔާއަށް އަލްވަދާޢު ކިޔުމުގެ ސުންނަތް ގޮތަކީ މިއީއެވެ.“
[2] ތަފްސީލަށް: އަލްއިމާމް އައްނަވަވީ ގެ ”المجموع شرح المهذب“ ۱۸٦/٤ - ۲۰۱ ، އަދި ”الأذكار المنتخبة من كلام سيد الأبرار“ (ت: محيي الدين مستو) ص ٢٤٤ - ٢٥٨.
[3] ބަލައިހޯދުމަށް: ކުވެއިތުގެ ”الموسوعة الفقهية“ ٤٠/٢٥-٤١.
⏺ ޢީދު މަރައި ނުލާށެވެ!
ހިތްދަތި މަދަހަ ތަކާއި ޢިބާރާތްތަކުން ޢީދުގެ އުފާވެރިކަން މަރައި ނުލާށެވެ. އަދި ހިތާމަވެރިކަން ގެނުވާ ޙާލަތްތަކަށް ގޮވުމުންވެސް މެއެވެ. އެހެނީ މި މާތްވެގެންވާ ޢީދުގައި އުފާ ފާޅުކޮށް ހިތްއުފާ ކުރުމަކީ ދީނުގެ ތެރެއިން ވާ ކަމެކެވެ.
ފަހެ ރަސޫލު ﷲ ﷺ ވީ މީސްތަކުންގެ ތެރެއިން އެބޭކަލަކަށް، އެބޭކަލެއްގެ އަހުލުންނާއި އަޞްޙާބުންނާއި އުއްމަތް އެންމެ ބޮޑަށް އިމްތިޙާނު ކުރެވުނު ބޭކަލަށެވެ. އަދި މިއާއި އެކުވެސް، ޢީދު ދުވަހު އެކަލޭގެފާނު އުޖާލާ ކަމާއި އުފާވެރިކަން ފާޅުކުރައްވައެވެ.
އަދި އެންމެ ހައިރާން ކުރުވަނިވި އެއްކަމަކީ، ބައެއް މީހުން ﷲ އެއަކަށް އަމުރެއް ދެއްވާފައިނުވާ މުސްލިމުން ނޫން މީހުންގެ މުނާސަބާތަކުގައި އުފާވެރިކަން ފާޅުކުރާކަމެވެ. ނުވަތަ ޢާއިލީ އަދި މިޒާތުގެ އުއްމަތާއި ނުގުޅޭ ކަންކަމުގައި އެބައިމީހުންގެ ރޫހުގެ ތާޒާކަން ދައްކައެވެ. އެހެނަސް އިސްލާމީ ޝަރީޢަތް އެއަކަށް ގޮވާލާ މުސްލިމުންގެ ޢީދެއް އައުމާއި އެކު، އެވެރިން މޯޅިވެއެވެ. އަދި މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކާއި އާފާތްތަކާއި ހިތާމަތަށް ހަނދުމަކުރާން ފަށައެވެ.
ولا حول ولا قوة إلا باللّٰه.
— އައްތަޛްކިރާ
~ ގަލަންދާނު
✔️ އަޟްޙާ ޢީދު ދުވަހުގެ ބައެއް އަޙްކާމުތައް
🔵 ތަކްބީރު ކިޔުން
މި ތަކްބީރުތައް ފެށެނީ ޢަރަފާތް ދުވަހުގެ ފަޖުރުން ފެށިގެން އައްޔާމުއް ތަޝްރީޤުގެ އެންމެ ފަހު ދުވަހުގެ ޢަޞްރުގެ ވަޤުތުގެ ނިޔަލަށެވެ. (ތަފްޞީލު: ދިވެހިބަހުން)
🔵 ހިނައިގަތުމާއި ފިރިހެނުން ހުވަނދުލުން
އަދި އަތުގައި އޮތް އެންމެ ރީތި ހެދުމެއް ލުމެވެ. އެއީ އިސްރާފު ކުރުމަކާއި ނުލައެވެ.
🔵ބޮޑު ޖަމާޢަތުގައި މުސްލިމުންނާއި އެކު ނަމާދު ކުރުން އަދި ޚުޠުބާއަށް ޙާޒިރުވެ ހުރުން އެދެވިގެން ވުން
އިބްނު ތައިމިއްޔާއި އެނޫން މުޙައްޤިޤު ޢިލްމުވެރިން ރާޖިޙު ކުރައްވާފައިވާ ގޮތުގައި ޢީދު ނަމާދަކީ ވާޖިބެކެވެ. އަދި ޢުޛުރަކާއި ލައިގެން މެނުވީ އެދޫކޮށް ނުލެލެވޭނޭ ކަމެވެ. މީގެ އިތުރުން އަންހެނުންވެސް އޭގައި ބައިވެރިވުންވެއެވެ. އަދި އޭގެ ތެރެއިން ޙައިޟުވެރިންވެސް ނާމާދުން އެކަހެރިކޮށް އެއަށް ޙާޒިރުވުންވެއެވެ.
🔵 އާދައިގެ މިނެއްގައި ހިނގާފައި ޢީދު ނަމާދުގެ މައިދާނަށް ދިޔުން
🔵 ނަމާދަށް ދާ މަގާއި އަންނަ މަގު ތަފާތު ކުރުން
🔵 އުޟްޙިޔާ ޒަބަހަ ކުރުން
މިކަން ކުރުން ވަނީ ޢީދު ނަމާދަށް ފަހުގައެވެ. އެއީ ނަބިއްޔު ﷺ ގެ އަމުރުފުޅުގެ މައްޗަށެވެ: «مَنْ كَانَ ذَبَحَ قَبْلَ أَنْ يُصَلِّيَ فَلْيُعِدْ مَكَانَهَا وَمَنْ لَمْ يَكُنْ ذَبَحَ فَلْيَذْبَحْ بِاسْمِ اللَّهِ» ”ޢީދު ނަމާދު ކުރުމުގެ ކުރިން (އުޟްޙިޔާ) ކަތިލައިފި މިހެއް، އޭގެ ބަދަލުގައި އަލުން ކަތިލާށެވެ. އަފި ކަތިނުލައި ހުރި މީހެއް، ފަހެ ﷲ ގެ އިސްފުޅާއިއެކު ކަތިލާށެވެ.“ (އަލްބުޚާރީ އަދި މުސްލިމް) އަދި ޒަބަހަ ކުރުމުގެ ވަޤުތަކީ 4 ދުވަހެވެ. އެއީ (ޢީދުގެ ފުރަތަމަ ދުވަސް ކަމުގައިވާ) އައްނަޙްރު ގެ ދުވަހާއި (އެޔާއި ވިދިގެންވާ) އައްޔާމުއް ތަޝްރީޤުގެ ތިން ދުވަހެވެ. ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ: «وكل أيام التشريق ذبح» ”އަދި އައްޔާމުއް ތަޝްރީޤުގެ ކޮންމެ ދުވަހަކީ ޒަބަހަކުރުމުގެ ދުވަހެކެވެ.”
🔵 އުޟްޙިޔާ ގެ މަސް ކެއުން
ރަސޫލު ﷲ ﷺ ޢީދު ނަމާދުގެ މައިދާނުން ނިކުނެވަޑައިގެން، އެކަލޭގެފާނުގެ އުޟްޙިޔާއިން އެއްޗެއް ކެއިން ނުބައްލަވާ އެހެން އެއްޗެއް ފަރިއްނުކުޅުއްވައެވެ. (زاد المعاد 1/ 441.)
🔵 ޢީދުގެ ތަހުނިޔާ އެކަކު އަނެކަކަށް ކިޔުން
މިއީ އަޞްޙާބު ބޭކަލުން އަރިހުން ޘާބިތުވެފައިވާ ކަމެވެ.
⚠️ސުންނަތާއި ޚިލާފު އަދި ނަހީވެވިގެންވާ ބަޔެއް ކަންކަން:
🔴ޖަމާޢަތެއްގައި އެއްކޮށް އެއްއަޑަކުން ނޫނީ އެކަކުގެ ފަހަތުން ދެންތިބި އެންމެން ތަކުބީރު ކިޔުން
🔴އުޟްޙިޔާ ކަތިލުމަށް ނިޔަތް ގަނެފައިވާ މީހާ އެކަން ކުރުމުގެ ކުރިން ހަށިގަނޑުން އެއްވެސް އިސްތަށްޓެއް ކޮށުން ނޫނީ ވަކިކުރުން އަދި ނިޔަފަތި ކެނޑުން.
🔴ދެޖިންސު މަސްހުނިވާ ގޮތަށް އަދި މިޔުޒިކާއި ޙަރާމް އެކުލެވޭ ގޮތަށް ޢީދު ފާހަގަ ކުރުން
🔴އިސްރާފު ކުރުން އަދި އޭގެ ތެރޭގައި މަންފާއެއް ނެތް ބޭކާރު ކަންކަންވެސް ހިމެނޭ.
(ޚުލާޞާ ކުރެވިފައިވަނީ، މިމަޞްދަރުން)
~ ގަލަންދާނު
📢 މާދަމާ، ޢަރަފާތް ދުވަހު ރޯދަޔަށް ހުރުމަށް ހަނދުމަކޮށްދެން!
⏳ ނިޔަތްގަތުން ވަނީ މިރެއެވެ. އެންމެ ލަސްވެގެން ފަތިސް ވުމުގެ ކުރިން ޢަރަފާތް ދުވަހުގެ ރޯދަޔަށް ނިޔަތް ގަންނަންޖެހޭ ނެއެވެ.
⚠️ނިޔަތް ނުގަނެވިއްޖެ މީހާ، ރޯދަ ގެއްލޭ ކަމެއް ނުކޮށް ހުރެއްޖެނަމަ، އެދެވިގެންވަނީ ސުންނަތް ރޯދައެއް ގޮތުގައި ޢަރަފާތްދުވަހުގެ ހެނދުނު ނިޔަތް ގަނެ ރޯދަޔަށް ހުރުމެވެ.
✅ ޤަޟާއު ރޯދައިގެ ނިޔަތާއި ޢަރަފާތް ދުވަހުގެ ސުންނަތް ރޯދައިގެ ނިޔަތް އެއްކުރެވިދާނެއެވެ.
~ ގަލަންދާނު
❶
📌 ޢަރަފާތް ދުވަހުގެ މާތްކަމަށް އަވަސްވެގަންނާށެވެ!
— އަބޫ ޢައްޔޫބުލް ޙުސައިނީ (މަޞްދަރު)
بسم الله الرحمن الرحيم
والصلاة والسلام على سيد ولد آدم أجمعين
أما بعد:
ފަހެ ނިޢުމަތް ތަކުގެ ތެރެއިން ހިމެނޭ އެއްކަމަކީ ނިޢުމަތްތައް ސިލްސިލާވުމެވެ. އަދި ރަޙްމަތްތައް ތަކުރާރުވެވުމެވެ. އަދި ފުރުޞަތުތައް ގިނަގުނަވުމެވެ. ފަހެ ވަކި ޒަމާނަކަށް ފެތިފައިވާ ނިޢުމަތެއް އަހަރެމެންނާއި ވަކިނުވޭ، އެހެނަސް ﷲ އެއާއި އެއްފަދަ ނޫނީ އެއަށްވުރެ ހެޔޮ އެއްޗެއް އަހަރެމެންނަށް މިންވަރު ކުރައްވާގޮތެއްގައި މެނުވީއެވެ..
އެހެންކަމުން އޭފަހެ ނަރަކައިން މިންޖުވުމަށް
އެދިގަނެގެންވާ މީހާއެވެ! އަދި ފާފަތަކުން ފުއްސެވުމާއި ނުތަނަވަސްކަމުން ފާގަތިކަމަށް އެދޭ މީހާއެވެ. ތިބާގެ ރައްބަށް އެނބުރޭށެވެ. އެހެނީ އެއިލާހު ތަޥްބާވާ ބަޔަކަށް ތަޥްބާ ލައްވަތެވެ.
އަދި ތިބާއަށް އެނގޭނޭފަދައިން ތިބާ ތިވަނީ ބޮޑުވެގެންވާ ދުވަހެއްގެ ހިޔަލުގައެވެ. އަދި މަތިވެރި ފަޟުލެކެވެ. އެހެންކަމުން ކުރިޔަށް ހިނގާށެވެ. އަދި ﷲ ގެ އިޛުނައާއިއެކު ހެޔޮހުއްޓެވެ. އެއީ އެއަކުން (ނަރަކައިން) މިންޖުކުރެއްވުމާއި މަޣުފިރާ އެކުލެވޭ އަސްބާބުތަކެވެ. އަދި މިފަދަ ސަބަބުތަކުގެ ތެރޭގައި ވަނީ، ޢަރަފާތުގެ ދުވަހެވެ. އެދުވަހަކީ އެނޫން އެއްވެސް ދުވަހެއްގައި ލައްވަފައިވާ ނުވާ ފަޟުލުތައް އެދުވަހެއްގައި ﷲ ލެއްވެވި ދުވަހެވެ. މިހެންކަމުން ބައެއް އިމާމުން މިފަދައިންވެސް ވިދާޅުވިއެވެ: އެއީ އަހަރުގެ އެންމެ ފަޟުލުވަންތަ ދުވަހެވެ. [އަދި މިދުވަހަކީ މާދަމައެވެ — إن شاء الله ]
އެދުވަހުގެ ފަޟުލުތަކުގެ ތެރޭ ހިމެނޭ ބައެއް ކަންކަމުގެ ތެރޭގައި:
• އެއީ ދީން ކާމިލު(ފުރިހަމަ) ކުރައްވައި (ﷲ ގެ) ނިޢުމަތް ފުރިހަމަ ކުރެއްވުނު ދުވަހެވެ.
﴿الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإسْلامَ دِينًا﴾ (المائدة :3)
(މިއާޔަތުގެ މާނައީ: މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމް ދީންތިޔަބައިމީހުންނަށް ދީނެއް ކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ.)
• އޭގެ ތެރޭގައި: އެއީ އިސްލާމީ އަހުލުންތަކަށް ވާ ޢީދެކެވެ. (މިއީ ޢުމަރު އާއި އިބްނު ޢައްބާސް އަރިހުން ވާރިދުވެފައިވާ ފަދައިންނެވެ.)
• އޭގެ ތެރޭގައި: އެއީ ދުވަސްތަކުގެ ތެރެއިން އެންމެ ފަޟުލުވެރި ދުވަސް ކަމުގައި ރިވާވެފައިވުމެވެ. (އެއީ އިބްނު ޙިއްބާން ގައި ވާރިދުވެފައިވާ ފަދައިންނެވެ.)
• އޭގެ ތެރޭގައި: އެދުވަހަކީ ފާފަތައް އުރެދުންތަައް ފުއްސަވާނޭ ދުވަހެއް ކަމެވެ. އަދި ނަރަކައިން މިންޖުކުރެއްވޭނޭ ދުވަހެއް ކަމެވެ.
• އޭގެ ތެރޭގައި: އެދުވަހަކީ ﷲ تعالى (ޢަރަފާތުގައިވާ) މީސްތަކުންނާއި މެދު ޘަނާ ކިޔުއްވާ ދުވަހެވެ. (ފަޚުރުވެރިވެ ވޮޑިގަންނަވައެވެ.)
އޭގެ ތެރޭގައި: އެދުވަހަކީ ގާތަށް ގާތްވެވޮޑިގަންނަވާ ދުވަހެވެ. ޢާލަމްތަކުގެ ރައްބު، ފާފާވެރިންނަށް ފުއްސަވާ ވޮޑިގެންވާ އިލާހު އެދުވަހުން މީސްތަކުންނާއި ގާތަށް ގާތްވެވޮޑިގަންނަވައެވެ. މިކަމަށް ދަލީލު ވަނީ ރަސޫލުންގެ ސައްޔިދުގެ ޙަދީޘް ފުޅުންނެވެ. އެއީ އިމާމް މުސްލިމް، އެކަލޭގެފާނުގެ ޞަޙީޙު ގައި، އުއްމުލް މުއުމިނީން ޢާއިޝާ رضي الله عنها އަރިހުން ރިވާކުރެއްވި ފަދައިންނެވެ:
«مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللَّهُ فِيهِ عَبْدًا مِنَ النَّارِ مِنْ يَوْمِ عَرَفَةَ وَإِنَّهُ لَيَدْنُو ثُمَّ يُبَاهِي بِهِمُ الْمَلاَئِكَةَ فَيَقُولُ مَا أَرَادَ هَؤُلاَءِ»
”ޢަރަފާތް ދުވަހަކީ ﷲގެ އަޅުތަކުންގެ ތެރެއިން، އެދުވަހެއްގައި އެންމެ ގިނަ ބަޔަކު ނަރައިން މުއްތި ކުރައްވާ ދުވަހެވެ. އަދި ހަމަކަށަވަރުން(ﷲ ތަޢާލާ) އެބައިމީހުންނާ ގާތަށް ގާތްވެވޮޑިގަންނަވައި، އެވެރިންގެ މައްޗަށް ފަޚުރުވެރިވެލަވައެވެ. އަދި މަލާއިކަތުންނަށް ބަސްވަޙީ ކުރައްވާނެއެވެ: ”މިބައިމީހުން ބޭނުންވީ ކޮންކަމެއް ހެއްޔެވެ؟“
(އެހެންކަމުން އޭ ﷲ ގެ އަޅާއެވެ. ހެޔޮ ފާއިތުވެއްޖެ ކަމަށް ހީނުކުރާށެވެ. ތިބާ ތިއެދޭ ކަންތައް މިއޮތީ ލޯކުރިމަތީގައެވެ.)
އެހެންކަމުން އަވަސްވެ އަވަސްވެގަންނާށެވެ. ފައިތިލަ ޘާބިތުކޮށް ޘާބިތުވާށެވެ. ﷲ ޙަޟުރަތަށް ތަޥްބާވެ، ފާފަތައް އެއިލާހު ފުއްސާވާނޭ ފަރާތެއް ނުވާ އިލާހަށް އެނބުރޭށެވެ.
• އަދި ޖުމްލަކޮށް މިދުވަސް ތަކުގައި ކުރެވޭ ޢަމަލުތަކަކީ އެންމެ ހެޔޮވެގެންވާ ޢަމަލުތަކެވެ. އެބަހީ މިދިހަ ދުވަހުގައެވެ. އަދި ޢަރަފާތް ވަނީ މީގެ ތެރެއިންނެވެ. އަދިކިއެއްތަ؟ ނަޙުރު ގެ ދުވަސް (ޢީދު ނުވަތަ ކަތިލުމުގެ ދުވަސް) ވެސް ހިމެނެނީ މީގެ ތެރެއިންނެވެ.
=
(މަދަރުސާތަކުގައި #الاختلاط ޙަރާމް ވުމުގެ ދަލީލުތަކުގެ ތެރޭން)
﴿وَلَا يَضۡرِبۡنَ بِأَرۡجُلِهِنَّ لِيُعۡلَمَ مَا يُخۡفِينَ مِن زِينَتِهِنَّۚ﴾
އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ!
❞ އެވެރިންގެ ހެދުންތަކުގެ ނިވަލުގައި ގިގުނިފަތި އަޅައިގެން ތިބޭ އަންހެނުން، ފިރިހެނުންގެ ސަމާލު ކަމަށް ނުގެނެވުމަށްޓަކައި ހަރުކޮށް ބިންމަތީ ފައިޖަހައި ހެދުން ނަހީ ކުރެއްވި ޙިކުމަތްވަންތަ ޝަރުޢުކުރެއްވުމުގެ ވެރި އިލާހު، ދެން އެފިރިހެނާ ގާތު އިށީނދެ، އޭނާއާއި ޖެހިގެން ކިޔަވަން އިނދެ އެކަމުގައި ދިމާވާ އެންމެހާ ކަމެއްގައި ލެވި، އަދި އޭނާގެ އަޑު ކޮންމެހެން އިވެންޖެހި، އޭނާގެ ހަށިގަނޑުން ބައެއް ތަންތަން ހާމަވެ އަދި ބައެއް ފަހަރު އަތްޖެހި ވުމަށް ހުއްދަ ދެއްވާނޭ ކަމަށް ސަލާމަތް ބުއްދިއެއް ހީކުރާނެހެއްޔެވެ؟ އެއްވެސް ޝައްކެތް ނެތް ގޮތުގައި ޝަރުޢުކުރެއްވުމުގެ އިލާހު މިކަމުން ހުސްޠާހިރުވަންތަ ވޮޑިގެން ވެއެވެ. والحمد لله. ❝
— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)
~ ގަލަންދާނު
#تدبر_آية
🌙 ❞ ޢައިޝަތުގެފާނު އަރިހުން ރިވާވެފައިވާ ބަސްކޮޅު، އެކަމަނާ އަވަހާރަފުޅުލައްޕަވަން ގަސްދުކުރައްވާނަމަ ވިދާޅުވެޔޭ: « اللَّـهُمَّ إِنِّي أَسْأَلُكَ رُؤْيَا صَالِحَةً، صَادِقَةً غَيْرَ كَاذِبَةٍ، نَـافِعَةً غَيْرَ ضَارَّةٍ » ރިވާކުރެއްވީ އިބްނުއް ސުއްނީ، ޞައްޙަ ސަނަދަކުންނެވެ. ❝ ⁽¹⁾
— އަލްޢަލްވާން
~ ގަލަންދާނު
ـــــــــــــــــ
[1] މިރިވާޔަތާއި ބެހޭ ތަފްޞީލެއް އަހަރެމެން ވާނީ ކުރިން ގެނެސްދީފައެވެ. 📝 (ބަލާލުމަށް)
💎 A benefit
« مَنْ لاَ يَشْكُرِ النَّاسَ لاَ يَشْكُرِ اللَّهَ »
“He who does not thank people does not thank Allah.” ⁽¹⁾
#حديث_صحيح
❝ It means that if a person's nature and character are void of gratitude towards people for their favors and kindness, then they will also not be grateful to Allah. Due to his bad behavior and his aloofness, he often resides in a state of not thanking Allah.
What is required for the believer is to thank for the favors of whoever grants him generosity, from his close relatives and others.
Just as he must thank Allah عز وجل for what has been favored to him he must also thank people for their generosity to him and their kindness to him. And Allah -جل وعلا - loves His servants to thank those who have done good to them, and to return kindness with kindness, as he (ﷺ) said in a ṣaḥīḥ ḥadīth:
“.. if anyone does you a kindness recompense him, but if you have not the means to do so pray for him until you feel that you have recompensed him.”⁽²⁾
This is why it is prescribed for the believer to pray for those who invite him for a treat, and to recompense the one who has been generous to him with generosity and to praise him well in return for his generosity to him, and to exert in doing good deeds for him. This is amongst the most noble morals (makārimul akhlāq) and best of deeds.❞
— Shaykh, ibn Bāz (source)
~ Galandān
---------------------------
[1] Narrated by Al-Tirmidhī 1954. Also Aḥmad 2/258 (7495), 2/295 (7926), 2/302 (8006) and 2/461 (9945), 2/388 (9022), 2/492 (10382). Al-Bukhārī in “Al-Adab Al-Mufrad” 218. Abū Dāwūd 4811, and ibn Ḥibbān 3407.
[2] “Narrated by Abū Dāwūd 1672. Also Aḥmad, 2/68 (5365) and 2/127 (6106), in 2/95 (5703), 2/99 (5743) and ʿAbd bin Ḥumayd no. 856, and Al-Bukhārī in Al-Adab Al-Mufrad, 216 , 5109 and in “Al-Kubrā” 5/82, 2359.
✅ ❞ ވަކި މައްސަލައެއްގައި ނޫނީ އޭގެން ބަޔެެއްގައި، ޞައްޙަ ޤަޥްލެއް ބުނެފިމީހެއް، އަހަރެމެން ވަނީ އެކަމުގައި އޭނާއަށް އެއްބާރުލުން ދިނުމުގައެވެ. ނުވަތަ އެއްބަސްވުމުގައެވެ. އޭގެމާނައީ، އެފަރުދަކީ ރަނގަޅު މީހެއްކަމުގައި ކަނޑައެޅުމެއް ނޫނެވެ. ޝެއިޚުލް އިސްލާމް ވިދާޅުވިއެވެ: «ހަމަކަށަވަރުން އެކަމެއްގައި ދަލީލު ގެންނަ މީހަކަށް ތަބައުވުން، ކޮންމެ ފަރުދަކަށްވިޔަސް ވާޖިބެވެ. އެއީ އެ ޞައްޙަ ބަހެއް، ޞައްޙަ ދަލީލާއިއެކު ގެނައީ ކާފަރެއް ވިޔަސް އެވެ. އެކަމުގައި އޭނާއާއި އެއްބަސްވުން ވާޖިބެވެ.»❝
—އައްޝައިޚް އަބޫ ސަލްމާން، ޙައްސާން ޙުސެއިނުއް ޞޫމާލީ (ބަސްކޮޅު)
~ ގަލަންދާނު
#حديث_ضعيف #حديث_صحيح
މިޙަދީޘްގެ ޞައްޙަކަމުގެ މިންވަރަކީ ކޮބައިތޯއެވެ؟
«مَنْ حَمَى مُؤْمِنًا مِنْ مُنَافِقٍ " . أُرَاهُ قَالَ " بَعَثَ اللَّهُ مَلَكًا يَحْمِي لَحْمَهُ يَوْمَ الْقِيَامَةِ مِنْ نَارِ جَهَنَّمَ وَمَنْ رَمَى مُسْلِمًا بِشَىْءٍ يُرِيدُ شَيْنَهُ بِهِ حَبَسَهُ اللَّهُ عَلَى جِسْرِ جَهَنَّمَ حَتَّى يَخْرُجَ مِمَّا قَالَ» ⁽¹⁾
”މުނާފިޤެއް ގެ ފުށުން މުއުމިނެއް ދިފާޢުކޮށްދީފި މީހާ، އޭނާގެ ހަންގަނޑު ޤިޔާމަތް ދުވަހުގައި، ޖަހަންނަމައިގެ އަލިފާނުން ޙިމާޔަތްކޮށްދިނުމަށް ﷲ މަލާއިކަތެއް ފޮނުއްވަވާނެއެވެ. އަދި މުސްލިމެއްގެ އަގުވައްޓާލުމަށް އެދި ބަހެއް އެއްލައިފިމީހާ، އޭނާ އެބުނިއެއްޗެއް އަނބުރައި ގެންދިޔުމާއި ހަމަޔަށް، ﷲ އޭނާ ނަރަކަމަތީގައިވާ ފާލަމުގައި ހައްޔަރުކުރައްވަވާނެއެވެ.“
ޖަވާބު: ⚠️އޭގައި ބަލިކަށިކަމެއް ވެއެވެ.
☝️އެހެނަސް ﷲ تعالى ވަޙީ ކުރެއްވިއެވެ:
«وَمَن يَكۡسِبۡ خَطِيٓئَةً أَوۡ إِثۡمًا ثُمَّ يَرۡمِ بِهِۦ بَرِيٓئًا فَقَدِ ٱحۡتَمَلَ بُهۡتَٰنًا وَإِثۡمًا مُّبِينًا» [سورة النساء 112]
{އަދި، ކުށެއް ނުވަތަ ފާފައެއްކޮށް (އެކަމުގެ) ކުށެއްނެތް މީހެއްގައި އެކަން އަޅުވާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ބޮޑުވެގެންވާ ދޮގަކާއި، ފާޅުވެގެންވާ ފާފައެއް އުފުލައިފިކަން ކަށަވަރެވެ.}
☝️އަދިވެސް އެއިލާހު تعالى ވަޙީކުރެއްވިއެވެ:
«وَٱلَّذِينَ يُؤۡذُونَ ٱلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِ بِغَيۡرِ مَا ٱكۡتَسَبُواْ فَقَدِ ٱحۡتَمَلُواْ بُهۡتَٰنًا وَإِثۡمًا مُّبِينًا» [سورة الأحزاب 58].
{އަދި އެއުރެން ހޯދައިގަތް ކުށަކާނުލައި مؤمن ފިރިހެނުންނަށާއި، مؤمن އަންހެނުންނަށް އުނދަގޫކުރާ މީހުން (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއުރެންނީ بهتان ދޮގަކާއި، ފާޅުވެގެންވާ ފާފައެއް ލިބިގެންފި ބަޔެކެވެ.}
✅ އަދި އަޙްމަދާއި އަބޫ ދާވޫދު ޖައްޔިދު ސަނަދަކުން ރިވާކުރެއްވިޔޭ، ޔަޙްޔާ ބުނު ރާޝިދު އަރިހުން، މިކަލޭގެފާނު ވިދާޅުވިޔޭ: ޢަބްދު ﷲ ބުނު ޢުމަރު ގާތަށް އަހަރެމެން ޒިޔާރަތްކުރުމުން، އެކަލޭގެފާނު ނިކުމެވަޑައިގެން އަހަރެމެންގާތު އިށީންނަވައި ވިދާޅުވިއޭ: ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވީތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމޭ:
«مَنْ حَالَتْ شَفَاعَتُهُ دُونَ حَدٍّ مِنْ حُدُودِ اللَّهِ، فَقَدْ ضَادَّ اللَّهَ، وَمَنْ خَاصَمَ فِي بَاطِلٍ وَهُوَ يَعْلَمُهُ، لَمْ يَزَلْ فِي سَخَطِ اللَّهِ حَتَّى يَنْزِعَ عَنْهُ، وَمَنْ قَالَ فِي مُؤْمِنٍ مَا لَيْسَ فِيهِ أَسْكَنَهُ اللَّهُ رَدْغَةَ الْخَبَالِ حَتَّى يَخْرُجَ مِمَّا قَالَ» ⁽²⁾
🔴”ﷲ ގެ ޙައްދަކާއި ދެކޮޅަށް އެއްވެސް މީހެއް، އެމީހެއްގެ ޝަފާޢަތެއް (އެބަހީ ކަމަކަށް އެދި ދަންނަވާ އާދޭސް) ގެނެސްފިނަމަ، ފަހެ އޭނާ ﷲ އާއި އިދިކޮޅުހަދައިފިއެވެ.
🔴ކަމެއްގެ ބާޠިލުކަން ދަނެހުންނަ ޙާލު، ބާޠިލު ކަމެއްގައި އެއްވެސް މީހެއް ޖަދަލުކޮށްފިނަމަ، އެކަމަކުން އޭނާ ވަކިވެއްޖެއުމަށް ދާންދެން ﷲ ގެ ނުރުއްސެވުން އޭނާގެ މައްޗަށް ކެނޑިނުދާނެތެވެ.
🔴މުއުމިނެއްގެ ފުށުގައި ނުވާ ކަމެއްގެ ވާހަކަ، އޭނާ އާއިމެދު ދައްކައިފި މީހާ، އޭނާ އެދެއްކިވާހަކައެއް އަނބުރައި ގެންދިޔުމާއި ހަމަޔަށް، ނަރަކައިގެ އަހުލުންގެ ގައިން ފައިބާ ފާދިޔަތަކުގެ ތެރޭ ﷲ އޭނާ ލައްވަވާނެތެވެ.“
والله أعلم.
— އައްޝެއިޚް އަލްމުޙައްދިޘް އަބޫ ޢަބްދު ﷲ އަލްޙާޝިމީ އައްސޫދާނީ (ބަސްކޮޅު)
~ ގަލަންދާނު
ـــــــــــــــ
[1] ރިވާކުރެއްވީ އަބޫ ދާވޫދު 4883
[2] ރިވާކުރެއްވީ އަބޫ ދާވޫދު 3597 އަދި އަޙްމަދު 5233
🔴 މީސްތަކުން ޣީބަ ބުނެއުޅޭ ބައެއް ގޮތްތައް…
①
ޝައިޚުލް އިސްލާމް އިބުނު ތައިމިއްޔާ – رحمه الله – ވިދާޅުވެފައިވެއެވެ:
🤚 ❞ މީސްތަކުންގެ ތެރެއިން ބަޔަކު، އޭނާގެ ރައްޓެހިންނާއި ގާތްތިމާގެ މީހުންނާއި އަދި އެކުގައި އެއްމަޖިލިސްކުރާމީހުންނާއި އެއްބައިވުމުގެ ގޮތުން ޣީބަބުނެއުޅެތެވެ. އެއީ އޭނާ އެމީހެކޭ ކިޔައިގެން ޣީބަބުނެވުނު މީހަކީ، އޭނާ އެދެއްކި ވާހަކައަކުން ނުވަތަ އޭނާދެއްކި ވާހަކަތަކުގެ ތެރެއިން ބައެއް ވާހަކައިން ބަރީއަވެގެންވާ މީހެއްކަން އެނގޭ ޙާލުގައެވެ. އެހެނީ އޭނާ ދެކެނީ، އޭނާ އެބައިމީހުންނާއި އިންކާރުކޮށްފިނަމަ މަޖުލިސް ރޫޅި އޭނާއާމެދު އެމީހުން ނަފުރަތްތެރިވެދާނެކަމަށެވެ. އެހެންކަމުން އޭނާދެކެނީ އެމީހުންނާއި އެއްބައިވުމަކީ، ތިމާގެކަމުގެ ގުޅުން ދަމަހައްޓައި، ރަހުމަތްތެރިކަމުގެ ގުޅުން ބަދަހިކުރުން ކަމުގައެވެ. ދެން އޭނާ އެމީހުން ރުޅިއަންނަހިނދު އެމީހުންނާ އެއްބައިވެ ރުޅިއާދެއެވެ. އަދި އެމީހުންނާއެކު އެވާހަކަދެއްކުން ކުރިޔަށްގެންދައެވެ.
⏺އަދި ބައެއްމީހުން އެކިކަހަލަ ވާހަކައިން ޣީބަ ބުނެއުޅެތެވެ. އެގޮތުން ދީނީ ގޮތުން، އިޞްލާޙުކުރުންކަމުގައިދެކި މީސްތަކުންގެ މަސްކައި އުޅެތެވެ.”
[އޭގެ މިސާލަކީ، ދީނުގައި ޙަރާމްކުރައްވާފައިވާ ކަމެއް މީހަކު ކުރުމުން ބައެއްމީހުން އޭނާ ނެތްތަނުގައި ކިޔާއުޅެތެވެ. އެވެނި މީހަކު އެކުރީ ހާދަ ނުބައިކަމެކެވެ. އެއީ ދީނުގައި ޙަރާމްކުރައްވާފައިވާ ބޮޑުފާފައެކެވެ. ނުވަތަ އެވެނި މީހަކީ އެވެނި ނުބައި ކަމެއްކުރާ މީހެކެވެ. އޭނާގެ ފަރާތުން ރައްކާތެރިވާންޖެހޭނެއޭ ބުނެ، އޭނާގެ ނުބައި ހުރިހާ ވާހަކަތަކެއް ދައްކާ އުޅެތެވެ. މީހެއްގެ ނުބައިކަމަކުން ބަޔަކު ސަލަމާތްކުރަންކަމަށްބުނެ އޭނާގެ ހުރިހާ ޢައިބެއް މީސްތަކުންގެތެރޭ ދައްކާ ފަޟީޙަތްކޮށް އުޅެތެވެ.]
⚠️އަދި ބުނެއުޅެތެވެ. މީހެއްގެ ހެޔޮކަމެއްގެ ވާހަކައެއް މެނުވީ ދެއްކުން އެއީ އަހަރެންގެ އާދައެއް ނޫނެވެ. ދޮގުހެދުމާ ޣީބަބުނުމަކަށް އަހަރެން ލޯތްބެއްނުކުރަމެވެ. ދެންފަހެ މީހެއްގެކަމަކާ ބެހޭގޮތުން އޭނާއަށް ޚަބަރެއްދެވުމުން އޭނާ ބުނެތެވެ. ﷲގަންދީ ބުނަމެވެ. އޭނާއަކީ ވަރަށް ރަނގަޅުމީހެކެވެ. އެހެންމަވެސް އެވެނި މިވެނި ކަންކަމެއް އޭނާގެ ގައިގައި ހުރެއޭކިޔާ ޣީބަބުނެ އުޅެތެވެ.
[މިދެންނެވުނު ގޮތަށް އެވެނިމީހަކީ ރަނގަޅުމީހެކޭބުނެ،”ނަމަވެސް” ގެދަށުން އޭނާއަކީ އެވެނި މިވެނި ކަހަލަ މީހެކޭބުނެ ޣީބަބުނުމަކީ ވަރަށް ޢާންމު ކަމެކެވެ.]
⚠️އަދި ފަހަރެއްގައި އޭނާ (ޣީބަ ބުނުމަށްފަހުގައި) ބުނެފާނެއެވެ. އޭނާއަށާއި އަހަރެމެންނަށް ފާފަ ފުއްސެވުމަށްއެދި އަހަރެން ﷲގެ ޙަޟުރަތުން އެދެމެވެ. އޭނާގެ މަޤްސަދަކީ އޭނާގެ ކައިރީތިބި މީހުން ކުރިމަތީގައި އަނެކާ ނިކަމެތިކޮށްލުމެވެ.
☝️މިފަދައިން ދީނީކަމެއްކަމުގައިދެކި އަދި އިޞްލާޙުކުރުންކަމުގައިދެކި ޣީބަބުނެތެވެ. އެބައިމީހުން އެއޮޅުވާލަން މަސައްކަތްކުރަނީ ﷲއަށެވެ. އަދި ހަމައެފަދައިން މީސްތަކުންނަށްވެސް އޮޅުވާލަނީއެވެ. އަދި އަހަރެމެންނަށް އެފަދަމީހުންގެ ފަރާތުން މިފަދަ އެތައް ވައްތަރަކަށް ޣީބަބުނެއުޅޭތަން ފެނެއެވެ.
⏺އަދި ބައެއް މީހުން، އެހެން މީހުންގެ ކުރިމަތީގައި އޭނާގެ އަގު އުފުލި، އޭނާގެ މޮޅުކަން އެހެން މީހުންނަށް ދައްކާ، އޭނާގެ ނަފްސު މަތިވެރިކުރުމަށްޓަކައި ޣީބަބުނެ އުޅެތެވެ.
⚠️ފަހެ އޭނާ ބުނެއެވެ. އިއްޔެ އަހަރެންނަށް، އަހަރެންގެ ނަމާދުގައި އެވެނިމީހަކަށް ދޫޢާކޮށްދެވުންނަމަ ކިހާރަނގަޅުވީސް ހެއްޔެވެ. އަހަރެންނަށް އޭނާއާ ހަމައަށް ދެވުނުހިނދު އެވެނި އެވެނި ކަންތައްތަކެއް އޭނާގެ ގައިގައި ހުއްޓެވެ. މިފަދައިން ކިޔައި މީހުން ނެތްތަނުގައި ނެތިމޮށިހަދަނީ، އޭނާގެ ވާހަކަ ޤަބޫލުކުރާމީހުންގެ ކުރިމަތީގައި އޭނާގެ އަމިއްލަނަފްސު މަތިވެރިކޮށް އަނެކާ ދެރަކޮށްލާ ނިކަމެތިކޮށް ދަށްކޮށްލުމުގެ ގޮތުންނެވެ.
⚠️ނުވަތަ ބުނެފާނެތެވެ. އެއީ ވަރަށް ވިސްނުންކޮށި ފަހުމްވުމުގައިވެސް ވަރަށް ދަށް މީހެކެވެ. (މިފަދައިން ބުނުމުން އަނެކުންނަށް ދޭހަވަނީ އޭނާއަކީ މިއީ ވަރަށް ވިސްނުންތޫނު ފަހުމްވުމުގައި ވަރަށް ކުރީގައި އުޅޭމީހެއްކަމެވެ.)
🤚މިފަދައިން ޣީބަ ބުނުމުގައި އޭނާގެ މަޤްޞަދަކަށްވަނީ އޭނާގެ އަމިއްލަ ނަފްސަށް މަދަޙަކިޔައި ޘަނާކިޔުމާއި އަދި އޭނާގެ މޮޅުކަން މީސްތަކުންނަށް ޘާބިތުކޮށްދީ އަދި އޭނާއަކީ އަނެކާއަށްވުރެ މަތިވެރި މޮޅުމީހެއްކަން އެންގުމެވެ.
⏺އަދި ބައެއް މީހުން ޙަސަދަލައިގަތުމުގެ ސަބަބުން ޣީބަބުނެއުޅެތެވެ. ފަހެ އޭނާ ނުބައިވެގެންބާ ދެކަންތައް ޖަމަޢަކޮށްފިއެވެ. އެއީ ޙަސަދައާއި ޣީބައެވެ. އަދި މީހަކަށް ތަޢުރީފުކުރެވުމުން، އޭނާއަށް ވީވަރަކުން އެކަން ފިލުވާލެވޭތޯ ބަލާނެއެވެ. އެއީ ދީނީ ނުވަތަ ހެޔޮފޭރާމެއް އެކަމުގައި އަޅުވައިގެން ނުވަތަ ޙަސަދަވެރި ފާޖިރުގޮތެއްގައި ޢައިބުކިޔައި އެކަން ނައްތާލެވޭތޯ މަސައްކަތްކޮށްގެންނެވެ.
🚫”މީސްތަކުން ޣީބަ ބުނެއުޅޭ ބައެއް ގޮތްތައް…“
ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ (hd)
~ ގަލަންދާނު
🔴ޙިޖާބު ނުވުމަކީ ފާފައެކެވެ. އެއާއި ދެކޮޅަށް ވަކާލާތު ކުރުމަކީ ކުފުރެކެވެ.
❞ އަދި ޙިޖާބު އަކީ ޝަރީޢަތުގެ ޘާބިތު އަސާސު ތަކުގެ ތެރެއިން ހިމެނޭ އެއްޗެކެވެ. ޢާންމު މާނައިގައި މިބުނެވޭ ޙިޖާބު (ބުރުގާ)، މިއީ އޭގެ އަސާސު ޘާބިތު އެއްޗެކެވެ. އެއަށް އިންކާރު ކޮށްފި މީހާ، ﷲ عز وجل އަށް ކާފިރު ވެއްޖެއެވެ. އަދި ޢާންމު މަފްހޫމުގައި މިވާ ހިޖާބު، އެއީ އާދަކާދައެކޭ ނުވަތަ އެއީ ޘަޤާފަތެކޭ ބުނެއްޖެ މީހާ، ކާފަރުވެ އިސްލާމީ މިއްލަތުން ބޭރުވެއްޖެއެވެ. އަދި އަންހެނަކު، ތިމަންނާ ލާން ބޭނުން ކޮންމެ އެއްޗެއް ލެވުން ވެޔޭ ނުވަތަ ތިމަންނާގެ ހެދުމުގައި ތިމަން އެދޭހާ ގޮތަކަށް ޢަމަލު ކުރެވިދާނެޔޭ އަދި ހެދުމުގެ ކަންތަކަކީ ޒާތީ މިނިވަން ކަމުގެ ތެރެއިންވާ ކަމެކޭ ބުނުން، މިއީ ﷲ عز وجل ގެ ކަލާމް ފުޅުގެ ބޭރުފުށަށް ފާޅުވާން އޮވެ، އިސްލާމް ކަމުގެ ޟަރޫރީ މިންވަރުން އެނގިގެންވާ (ދީނުގެ) ޘާބިތު އަޞްލަކަށް އިންކާރު ކުރުމެކެވެ. މިއީ ޢިލްމުވެރިން އެއެއްގައި އިޚްތިލާފު ވެލައްވާފައިވާ (މޫނާއި ދެއަތްތިލަ ފަދަ) މިކަމުގައި ހިމެނޭ ތަފްޞީލީ ކަންކަމާ މުޅިން ތަފާތު ކަމެކެވެ. ❝
— ޢަބްދުލް ޢަޒީޒް އައްޠަރީފީ (މަޞްދަރު)
~ ގަލަންދާނު
✨ ❞ މުސްލިމުންނާއި ހަނގުރާމަ ކުރަމުންދާ ޢަދުއްވުންނަށް ލިބޭ ގެއްލުމުގައި އުފާކުރެވުމީ، އީމާން ކަމުގެ ދަލީލެކެވެ. އެހެނީ މުއުމިނެއްގެ ނަފުސުގައި ވޭން އަދި ހިތުތެރޭ ރުޅި އެކުލެވެއެވެ. އަދި އެ ހިންދައިލާ އެއްޗެއް ގޮތުގައި ޢަދުއްވުންނަށް ޖެއްސެވޭ މުޞީބާތް، ﷲ ލެއްވެވިއެވެ: {وَيَشۡفِ صُدُورَ قَوۡمٍ مُّؤۡمِنِينَ • وَيُذۡهِبۡ غَيۡظَ قُلُوبِهِمۡۗ} ”އަދި މުއުމިނުންގެ ބައެއްގެ ހިތްތަކަށް އެކަލާނގެ ޝިފާ ދެއްވާނެތެވެ. އަދި އެއުރެންގެ (އެބަހީ: މުއުމިނުންގެ) ހިތްތަކުގައިވާ ރުޅިވެރިކަން ފިއްލަވާނެތެވެ.“ [التوبة 14,15] ⁽¹⁾ ❝
— ޢަބްދުލް ޢަޒީޒް އައްޠަރީފީ
~ ގަލަންދާނު
#تدبر_آية
ــــــــــــــــــــــــــــــــــــــــــ
[1] މިއާޔަތުގެ ތަފްސީރުގައި ބަކުރުބެ رحمه الله ވިދާޅުވިއެވެ: ”އަދި ކާފަރުން މަރާ އެމީހުންނަށް مؤمن ންގެ އަތްތަކުން އަދަބުދެއްވަނީ އެމީހުންގެ ހިތްތަކުގައިވާ ރުޅިވެރިކަމާއި ދެކޮޅުވެރިކަން އެކަލާނގެ ނެތިކުރައްވައި ދުއްވައިލުމަށްޓަކައެވެ.“
②
📝 (ޙަދީޘުގައި އެކުލެވޭ) ދަޢުވަތާއި ގުޅުން ހުރި މައުޟޫތައް:
🔵ފުަރަތަމަ ކަމަކަށް: ނަބިއްޔު ﷺ ގެ ޢަމަލުފުޅާއި އެއްގޮތަށް ޢަމަލު ކުރުމަށް އިބްނު ޢުމަރުގެ ހުސިޔާރުކަން.
🔵ދެވަނަޔަށް: ދަތުރުގެ ކުރިން ދަތުރުވެރިޔާ އޭނާގެ އަހުލުންނާއި އެކުގައިއުޅޭ މީހުންނަށް ދަތުރު ސަލާމް ކުރުން.
(މިނުކުތާ ދަށުން ގެންނެވި ތަފްޞީލުގައި ވެއެވެ.)
ދަތުރުވެރިޔަކީ އޭނާގެ ޢާއިލާ އާއި އެކުވެރީންނާއި ގާތްތިމާގެ މީހުންނާއި ވަކިވެ މުއްދަތެއް ކަޑައްތުކުރާ މީހެކެވެ. އެހެންކަމުން އޭނާ ދަތުރު ފެށުމުގެ ކުރިން އެވެރިންނާއި ދަތުރު ސަލާމް ކުރުން މުސްތަޙައްބު ވެގެން ވެއެވެ. އަދި މިކަން މިދެޙަދީޘުން ވަރަށް ސާފެވެ. ”الموسوعة الفقهية“ ގައި ވެއެވެ: ”މުސްލިމު މީހާއަށް މުސްތަޙައްބު ވެގެން ވަނީ އޭނާ ދަތުރަކު ދާން ޤަޞްދުކޮށްފި ނަމަ، އޭނާގެ އަޚުންނާއި އަހުލުންނާއި ގާތްތިމާގެ މީހުންނާއި އެކުވެރިންނާއި އަވަށްޓެރީންނަށް ދަތުރު ސަލާމް ކުރުމެވެ. އެވެރިން ފުށުން އޭނާ އަށް ދުޢާ ކޮށްދިނުމަށް އެދި އެވެރިންނަށް ވެސް ޚުދު އޭނާ ދުޢާ ކޮށްދިނުމެވެ.“
އައްޝިޢްބީ ވިދާޅުވިއެވެ: ”ސުންނަތް ގޮތަކީ މީހަކު ދަތުރަކަށް ނިކުންނަ ހިނދު، އޭނާގެ އަޚުން ގާތަށް ގޮސް އެވެރިންނާއި އަލްވަދާޢު ކިޔައި އެވެރިންގެ ފުށުން ދުޢާ ހޯދައި ޖަމާކުރުމެވެ. އަދި އޭނާ ދަތުރަކުން އެނބުރި އައިސްފިނަމަ، އެވެރިން އޭނާ ގާތަށްގޮސް ސަލާމާ ކުޅައުމެވެ.⁽⁴⁾
އަދި އިބްނުލް ހުމާމުގެ ”فتح القدير“ ގައި ވެއެވެ: ”ދަތުރުވެރިޔާ އޭނާގެ އަހުލުންނާއި އަޚުންނަށް އަލްވަދާޢު ކިޔައި، ހިތްހަލާލު ހޯދައި އެވެރިންގެ ފުށުން ދުޢާ އަށް އެދުމަށް، އެވެރިން ގާތަށް އޭނާ ދިޔުން ވެއެވެ. އަދި އޭނާ އެނބުރި އައުމުން، އެވެރިން އޭނާ ގާތަށް ޒިޔާރަތް ކުރުން ވެއެވެ.“⁽⁵⁾
އައްނަވަވީ ވިދާޅުވިއެވެ: ”އަދި އޭނާއަށް — އެބަހީ މުސާފިރަށް — މުސްތަޙައްބު ވެގެން ވަނީ، އޭނާ ގެ އަހުލުންނާއި ގާތްތިމާގެ މީހުންނާއި، އެކުވެރިންނާއި އަވަށްޓެރިންނަށް ދަތުރު ސަލާމް ކުރުމެވެ. އަދި އެވެރިން ފުށުން އޭނާއަށް ދުޢާއަށް އެދުމެވެ. އަދި އެވެރިންނަށް އޭނާ ދުޢާ ކޮށްދިނުމެވެ.“⁽⁶⁾
އެއްވެސް ޝައްކެތް ނެތް ގޮތުގައި، މުސާފިރު މިގޮތަށް ޢަމަލު ބެހެއްޓުމުން އެތަކެއް ފާއިދާތަކެއް އޭގެން ފޯދެއެވެ. އެގޮތުން މީގެ ސަބަބުން ރަހިމުގެ ގުޅުން ގާއިމުވެ، ލޯތްބާއި ގާތްކަން އުފެދި، ޢަދާވާތާއި ދެބަސްވުންތައް ވަޅުޖެހި، ދަތުރުމަތީގައިވާ ދުވަސްވަރު ގާތްތިމާގެ މީހުންނާއި އެކުވެރިން އޭނާގެ ޢާއިލާގެ ކަންކަން ބަލަހައްޓަދިނުން ވެއެވެ. މީގެ އިތުރުން އެވެރިން ފުށުން އޭނާ އަށް ދުޢާ ލިބި ، ވާޖިބުވެގެންވާ ނަސޭހަތްވެސް ފޯރުކޮށްދެވެއެވެ. ❝ — ނިމުނީ.
✏️އަހަރެން ބުނަމެވެ: އަދި މަތީގައި ނަންގަނެވުނު އިބްނުލް ހުމާމުގެ ”فتح القدير“ ބަސްކޮޅަކީ، ޙައްޖާއި ބެހޭ ބާބުގައި ގެންނެވި ބަސްފުޅެކެވެ. އަދި އޭގައި ވަނީ: (އޭނާ އަށް) ”މުސްތަޙައްބުވެގެންވާ ކަންކަމުގެ ތެރޭގައި... “ ދެން އަހުލުންނާއި އަޚުންނަށް ދަތުރު ސަލާމް ކޮށް ހިތްހަލާލުހީދައި ދުޢާައަށް އެދުމުގެ ވާހަކަ ނަން ގެންނެވިއެވެ. (فتح القدير، ابن الهمام، كتاب الحج [ ص: 2/408 ] މަޞްދަރު)
އަަދި އިބްނު ޢާބިދީން "رد المحتار على الدر المختار" (2/471) ގައި "ކިތާބުލް ޙައްޖު" ގެ ދަށުން "ޙައްޖުގެ ސުންނަތް ތަކާއި އަދަބުތައް" މިހެން ބާބު ކުރައްވައި، ވިދާޅުވިއެވެ: (އޭގެތެރޭ) ދަންނަ ރައްޓެހީންނަށް އަލްވަދާޢު (އެބަހީ: ދަތުރު ސަލާމް) ކުރުމާއި، ހިތްހަލާލު ހޯދުމާއި، އެވެރިންގެ ދުޢާ ލިބިގަތުން ވެއެވެ...“ والله أعلم
ـــــــــــــــــــ
[4] އިބްނު މުފްކިޙް ގެ "الآداب الشرعية والمنح المرعية" ٤٥٠/١.
[5] އައްޝަޥްކާނީ ގެ "فتح القدير، الجامع بين فني الرواية والدراية من علم التفسير" ۳۱٩/٢، އަދި ކުވެއިތުގެ "الموسوعة الفقهية" ٣٧٠/٤٢
[6] އަލްއިމާމް އައްނަވަވީ ގެ "الأذكار المنتخبة من كلام سيد الأبرار" (ت. محيي الدين مستو) ص ٢٤٧.
🔴
مادمنا مع بعضنا
އަހަރެމެން އެކުގައިވާހާ ހިނދަކު
دامت مساعيد
އުފާވެރިކަން ދެމިއޮންނާނެތެވެ.
...
حبل الود يجمعنا
ލޯބީގެ ވާފަށްތަކުން އަހަރެމެން ޖަމަޢުވެއެވެ.
في عيد السعادة
...މިއުފާވެރިކަމުގެ ޢީދުގައެވެ!
🗒ތަރުޖަމާ ލިންކް | 🔗އޯޑިއޯ mp3
~ ގަލަންދާނު
🔄
{...وَلِتُكَبِّرُوا۟ ٱللَّهَ عَلَىٰ مَا هَدَىٰكُمْ وَلَعَلَّكُمْ تَشْكُرُونَ}
(...އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް اللَّه އަށް ތަކްބީރު ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) ޝުކުރު ވެރި ވުމަށްޓަކައެވެ.)
الله أكبر.. الله أكبر.. الله أكبر
އިސްލާމް ކަމަށް އަހަރެމެންނަށް ހިދާޔަތް ދެއްވި اللّٰه އަށް ޙަމްދު ކުރަމެވެ. އަދި އެއިލާހަށް ކިޔަމަންގަތުމުގެ ނިޢުމަތް އަހަރެމެންނަށް ދެއްވީތީވެސް އެވެ. އެއިލާހުގެ ފަޟުލުވަންތަ ކަމާއި ދީލަތިވަންތަކަމަށް ޝުކުރުހުއްޓެވެ. އެއިލާހު ހަޒުރަތުން ރަޙްމަތާއި މަޣްފިރަތާއި ޤަބޫލަށް އެދި ދަންނަވަމެވެ. تَقَبَّلَ اللَّهُ مِنَّا وَمِنْكُم صالح الأعمال. [އަހަރެމެންނާއި ތިބާ ފުށުން (އަދައުކުރި) ޞާލިޙު ޢަމަލުތައް، اللّٰه ޤަބޫލުކުރައްވާށިއެވެ.]
✅ ޙަދީޘް ޢިލްމުގެ އަމީރުލް މުއުމިނީން، ޝުޢުބަތު ބުނުލް ޙައްޖާޖު ވިދާޅުވި އެވެ: ޢީދު ދުވަހު ޔޫނުސް ބިން ޢުބައިދު އާއި ބައްދަލުވުމުން ވިދާޅުވިއެވެ: «تَقَبَّلَ اللَّهُ مِنَّا وَمِنْكَ» (އަހަރެމެންނާއި ތިބާގެ ފުށުން اللّٰه ޤަބޫލު ކުރައްވާ ށިއެވެ.) ❝
— އަލްމުޙައްދިޘް، އަބޫ ޞުޙައިބް، ޚާލިދުލް ޙާއިކު
~ ގަލަންދާނު
--------------------------
ނޯޓް: އައްޝެއިޚް، އަލްޙާފިޠު ޢަބްދު اللّٰه އައްސަޢްދު ވިދާޅުވިއެވެ: ”އަޞްޙާބު ބޭކަލުން އަރިހުން، ޢީދުގައި އެބޭކަލުން « تَقَبَّلَ اللَّهُ مِنَّا وَمِنْكُم » —މިހެން ވިދާޅުވާކަމަށް، ވާރިދުވެފައި ވެއެވެ.“
📌 Permissibility to offer the sacrifice for those who have money on the day of Eid or the days of Al-Tashrīq
❝ A Muslim may sacrifice (Udh'ḥiyah for Eid) as long as the time for slaughter has not ended. You may sacrifice before sunset on the last day of Al-Tashrīq, and it is not necessary to make the intention before the ten days (of Dhul-Ḥijjah)❞
— Shaykh Khālid Al-Fulayj (hafiḍahullah) [quote]
~ Galandān
-------------------------
Note: The fatwā council of Islamweb stated responding to a question on this matter: ❝...If you attained money, even on the day of Eid or the days of Al-Tashrīq, and you want to make a sacrifice, then the sacrifice is permissible for you, and you will be rewarded for doing it, inshā Allah. In this case, you should refrain from cutting your hair and nails from the time you intended to make the sacrifice during the ten days (or after) until you slaughter your sacrifice, based on the statement of the Prophet ﷺ: “When the ten days (of Dhul-Hijjah) begin, and one of you wants to offer a sacrifice, let him not remove anything from his hair or skin.” narrated by Muslim (and others).❞ (See Fatwā no. 146513)
❷
އިތުރުއެކަލޭގެފާނުން صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ: «ما العمل في أيام أفضل منها في هذه» رواه البخاري (މި —ދިހަ ދުވަހުގައި— ކުރެވޭ ޢަމަލަށްވުރެ ހެޔޮކަން ބޮޑުވެގެންވާ އެއްވެސް ޢަމަލެއްނުވެ އެވެ.)
އެއީ ރޭގަނޑުގެ ފަހުބައިގައި ކުރެވޭ ދަމުނަމާދާއި އިސްތިޣުފާރު ފަދައެވެ. އަދި ޞަދަޤާތާއި ޢިލްމު ހޯދުމާއި، ﷲ ގެ މަގުގައި ޖިހާދު ކުރުމާއި އަދި އެނޫން އެންމެހާ ޞާލިޙު ޢަމަލުތަކެވެ.
އަދި ޢަރަފާތް ދުވަހުގެ ޢަމަލުތަކުގެ ތެރެއިން ސުންނަތުން ވާރިދުވެފައިވާ އަދި ސަލަފުން ދައްކަވާފައިވާ ކަންކަމުގެ ތެރޭގައި:
• އެދުވަހުގެ ރޯދަ: މުސްލިމް އަދި އެނޫން ބޭކަލުން ރިވާކުރެެއްވި ފަދައިން، ނަބިއްޔު صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ: «صيام يوم عرفة أحتسب على الله أن يكفر السنة التي قبله والسنة التي بعده» (ޢަރަފާތް ދުވަހުގެ ރޯދައިން ތިމަންކަލޭގެފާނު އުންމީދު ކުރައްވަނީ ފާއިތުވެދިޔަ އަހަރާއި އަންނަން އޮތް އަހަރުގެ ކައްފާރާއެއް ކަމުގައި ލެއްވުމަށެވެ.)
• އޭގައި ކުރެވޭ ދުޢާ، މިއީ، ދެޤަޥްލުން ކުރެ އެއްޤަޥްލުގައިވާ ފަދައިން — ޙާއްޖީންނާއި އެނޫން މީހުންނަށް ޢާންމުގޮތެއްގައެވެ. ޢަބްދު ﷲ ބުނު ޢަމްރު ބުނުލް ޢާޞް رضي الله عنهما އަރިހުން، ނަބިއްޔު صلى الله عليه وسلم ޙަދީޘް ކުރެއްވިޔޭ: «خير الدعاء دعاء يوم عرفة» (އެންމެ ހެޔޮ ދުޢާ އަކީ ޢަރަފާތު ދުވަހުގެ ދުޢާ އެވެ.) رواه الترمذي ( 3585 ) وحسَّنه الألباني އަދި މުރްސަލް ކޮށް މާލިކު ރިވާކުރެއްވިއެވެ: «أفضل الدعاء دعاء يوم عرفة» (އެންމެ ފަޟުލު ވެރި (މަތިވެރި) ދުޢާ އަކީ، ޢަރަފާތް ދުވަހުގެ ދުޢާއެވެ.) وحسَّنه الألباني.
އަލްބާޖީ رحمه الله ވިދާޅުވިއެވެ: އެބަހީ: އެންމެ ބަރަކާތްތެރި އަދި ޘަވާބުގެ ގޮތުން ބޮޑީ ޛިކުރުގައެވެ. އަދި އިޖާބަވުން އޭގައި ގާތެވެ. شرح الموطأ " ( 1 / 358 )
• الله تعالى ވަޙީ: "وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ"(الحج : الآية 28) މާނައީ: "އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކުގައި ތިޔަބައިމީހުން ﷲ ޛިކުރު ކުރާށެވެ." އިބްނު ޢައްބާސް ވިދަޅުވިއެވެ: އެނގިގެންވާ ދުވަސްތަކުގައި : (ޙައްޖުމަހުގެ) ދިހަ ދުވަހެވެ. (علقه البخاري عنه بصيغة الجزم به) އަދި ޛިކުރު ގެ ގޮތުގައި މިހިމެނެނީ، އެއިލާހު މަތިވެރި ކުރާ، ހުސްޠާހިރުކޮށް، ހިދާޔަތް ދެއްވި އެތީގެ މައްޗަށް ޙަމްދު ކުޅައުމުގެ ތެރޭވާ އެންމެހާ އެއްޗެކެވެ.
وأسأل الله أن لا يمر بنا خير إلا ووفقنا لإصابته إنه غني كريم
وصلى الله وبارك على سيدنا محمد وعلى آله وصحبه ومن تبعهم بإحسان الى يوم الدين.
بقلم أبي أيوب الحسيني حفظه الله
~ ގަލަންދާނު