☁️ [ ﷲގެ ދީނާއިމެދު ބަސްބުނުމުގައި ބިރުވެތިވާށެވެ. ]
❞ އަޞްޙާބު ބޭކަލުން رَضِيَ ٱللَّٰهُ تعالى عَنْهُم (ޙަދީޘް ރިވާ ކުރެއްވުމުގައި) ނުހަނު ރައްކައުތެރިވެލެއްވިއެވެ. އޭގެތެރޭގައި ޢިލްމުގައި އަރައިހުންނެވި ޢަބްދު ﷲ ބުނު މަސްޢޫދު رَضِيَ ٱللَّٰهُ تعالى عَنْهُ ވެސް ހިމެނިލައްވައެވެ.
އެއްފަހަރެއްގައި އެކަލޭގެފާނު ޙަދީޘެއް ރިވާކުރައްވައި ދެން ވިދާޅުވިއެވެ: “ނުވަތަ މިއާއި ގާތްގޮތަކަށް ވާ ޙަދީޘެކެވެ. ނުވަތަ މިފަދަ ގޮތަކަށެވެ.“ ދެން އެކަލޭގެފާނުގެ މޫނުގެ ކުލަ ތަޣައްޔަރުވިއެވެ — رَضِيَ ٱللَّٰهُ تعالى عَنْهُ .
ފަހެ މިކަންތަކީ ނުރައްކައުތެރި ކަމެކެވެ. އެއިލާހުގެ އަދަދެއްނުވާ ރަޙުމަތާއި ދީލަތިވަންތަކަމުން އަހަރެމެންގެ އޮޅުންތަކަށް ދޫދެއްވުމަށް ﷲ ޙަޟުރަތުން އަހަރެމެން އެދި އާދޭސް ދަންނަމެވެ... (މިއަށްފަހު ޝެއިޚް ޢަބްދު ﷲ އައްސަޢްދު ކީރިތިކުރައްވައި އިސްތިޣްފާރު ކުރައްވަމުން ގެންދަވައެވެ).❝
— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު
~ ގަލަންދާނު
✨ ޙައްޤު ގޮތުގައި ޘާބިތުވުމީ ނަޞްރެކެވެ.
❞ ނަބިއްޔުންނާއި މެދު ﷲ جل وعلا ވަޙީ ކުރެއްވިއެވެ: ﴿إِنَّا لَنَنصُرُ رُسُلَنَا﴾ (الغافر 51) (ހަމަކަށަވަރުން ތިމަން އިލާހުގެ ރަސޫލުނަށް، ތިމަންއިލާހު ނަޞްރުދެއްވާހުށީމެވެ.) އަދި އަހަރެމެންނަށް އެނގިގެންވާ ގޮތުން ނަބިއްޔުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބޭކަލުން ޤަތުލުވެފައިވެއެވެ. އެއީ ނަބިއްޔު ﷺ ޙަދީޘް ކުރެއްވިފަދައިން: (والنبي وليس معه احد) ”...އަދި (މަޙުޝަރުގައި) ނަބިއްޔަކު ވަޑައިގަންނަވާނެއޭ، އެކަލޭގެފާނާއި އެކު އެކަކުވެސް ނުވާ..“ އަދި ޤުރުއާނާއި ސުންނަތުގައި މިކަމުގެ މައްޗަށް ގިނަގުނަ ދަލީލުވެއެވެ. އެއީ ބަނީ އިސްރާއިލީން އެވެރިންގެ ނަބިއްޔުން ޤަތުލުކޮށް އުޅުނުކަމުގައެވެ. ﴿وَيَقۡتُلُونَ ٱلۡأَنۢبِيَآءَ بِغَيۡرِ حَقٍّۚ﴾ (آل عمران 312) (އަދި އެއްވެސް حقّ އެއްނެތި އެއިރެން نَبي ބޭކަލުން قتل ކުރުމުގެ ސަބަބުންނެވެ.) ﴿وَيَقۡتُلُونَ ٱلنَّبِيِّـۧنَ بِغَيۡرِ ٱلۡحَقِّۗ﴾ (البقرة 61) (އަދި އެއްވެސް حقّ އަކާއި ނުލައި އެއުރެން ނަބީބޭކަލުން މަރާކަމުގެ ސަބަބުންނެވެ.) އަދި މިނޫންވެސް ދަލީލުތަކުން އެއުރެން ނަބިއްޔުން ޤަތުލުކޮށް އުޅުނުކަން ދަލީލުކޮށްދެއެވެ. އަދި ﷲ جل وعلا މިއަށް ނަންގެންނެވީ "ނަޞްރު" ކަމުގައެވެ. ﴿إِنَّا لَنَنصُرُ رُسُلَنَا﴾ މިހެންނެވެ! ❝ #تدبر_آية
— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން ބްނު ނާޞިރަލް ޢަލްވާން (ބަސްކޮޅު)
~ ގަލަންދާނު
✈️ ❝ It is a duty (farḍ) for those with the ability to do so, to support the oppressed believer. And whoever has a Muslim humiliated and wronged before him and he does not support him while he is able to, he will be humiliated in a place where he will not find a helper nor an aid.
The more you support the oppressed, the more Allah will support you. The more you help the Muslims, the more Allah will help you. The more you cover the faults of the Muslims, the more Allah will cover you. The more you forgive them, the more He will pardon you.
And as much as you seek an excuse for them, an excuse will be sought for you. As much as you are in service for Allah’s servants, Allah is with you. So be to people as you would like Allah to be to you. The reward is in accordance with the action; if good, then good, and if evil, then evil. ”
— Al-Shaykh Al-Muḥaddith Sulaymān bin Nāṣir Al-ʿAlwan (text)
— Galandān
🗣 الاحتساب على الظالمين ومناصرة المعتقلين فريضة، ولا عذر لأحد في التخلف عن ذلك، كلٌ بطريقته وعلى حسب وسعه.
❞ އަނިޔާވެރިންނަށް ފިޔަވަޅުއަޅައި، ހައްޔަރީންނަށް މަދަދުގާރުވުމީ ފަރުޟެކެވެ. މިއިން ރެކިގެން ހުރުމަށް އެއްވެސް ފަރުދެކަށް ޢުޛުރެއް ނުވެއެވެ. ކޮންމެ މީހަކަށްވެސް އޭނާއަށް ވާނޭ ދާއިރާއަކުން އޭނާއަށް ކުޅަދާނަވީ މިންވަރަކުންނެވެ. ❝
— އައްޝެއިޚް ސުލައިމާނު ބުނު ނާޞިރަލް ޢަލްވާން
~ ގަލަންދާނު
Help from Aden
#حديث_صحيح
❝ In the Musnad of Imām Aḥmad - رحمه الله تعالى - he said: ʿAbd Al-Razzāq informed us, saying that: Al-Mundhir bin Al-Nuʿmān Al-Afṭas informed to us, on the authority of Wahb bin Munabbih, on the authority of Ibn ʿAbbās, on the authority of the Prophet ﷺ , who said:
«يَخْرُجُ مِنْ عَدَن أَبْيَن اثْنَتَا عَشَرَ أَلْفًا يَنْصُرُوْنَ اللهَ وَرَسُوْلَهُ هُمْ خَيْرُ مَنْ بَيْنِي وَبَيْنهُم»
There would come out of Aden-Abyan⁽¹⁾ twelve thousand (strong army) , giving victory to (the religion of) Allah and His Prophet. They are the best of those who are between me and them.”⁽²⁾
This chain of transmission is ṣaḥīḥ to the Messenger of Allah ﷺ. And it's narrators are all from the (narrators marked as) trustworthy. As for Al-Mundhir bin Al-Nuʿmān Al-Afṭas, he was declared trustworthy by Imām Ibn Maʿīn - رحمه الله تعالى - and none had issued a skepticism on him. ❞
~ Al-Shaykh Al-Muḥaddith Sulaymān bin Nāṣir Al-ʿAlwān (text)
— Galandān
------------------
[1] Aden-Abyan is a region in Yemen named after a man called Abyan. Al-Mullā ʿAlī Qārī said, “Abyan is originally the name of a man to whom Aden is attributed. It was also said Aden Abyan is a village near the sea in the direction of Yemen. It was also said that Abyan is another name for the city of Aden in Yemen...”([Sharḥ Mishkāt Al-Maṣābīh 7/2901)
[2] Narrated by Ahmad 1/333 (3079)
❌ހިލޭ އަންހެނެއްގެ ސަމައްތަރު ކިޔައިދިނުމުގެ ޙަރާމް ކަން
#حديث_صحيح
އިބްނު މަސްޢޫދު އަރިހުން އަލްބުޚާރީ އަދި އެނޫން ބޭކަލުން ރިވާކުރެއްވިޔޭ، ރަސޫލު ﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއޭ:
«لا تُبَاشِرُ الْمَرْأَةُ الْمَرْأَةَ فَتَنْعَتَهَا لِزَوْجِهَا كَأَنَّهُ يَنْظُرُ إِلَيْهَا» ⁽¹⁾
(އަންހެނަކު އެހެން އަންހެނެއް އަތްގާތްކޮށް ބަލައި، ދެން އެކަނބުލޭގެއަށް ބަލައި ހަމަލޮލަށް ފެންނަފަދައިން އޭނާގެ ފިރިމީހާއަށް އެކަން ކިޔައި ނުދޭށެވެ.)
📝 ކުރު ޝަރަޙަ
( لا تُبَاشِرُ الْمَرْأَةُ الْمَرْأَةَ )
”އަތްގާތްކޮށް ބެލުމޭ" އޮތް ލަފުޒު (المباشرة) ، ދޭހައަކީ: އަތްލުމެވެ. އަދި އޭގެ އަޞްލަކީ ހަންގަނޑު (البشرة) ހަންގަނޑާއި ޖެހުމެވެ. އަދި البشرة (ހަންގަޑަކީ) އިންސާނާގެ ބޭރުދުއްޔެވެ.
އަދި ހަންގަނޑުގައި އަތްލައިފިނަމަ އޭނާގެ ހަށިގަނޑުގެ ފަތިހަށި ކަމާއި އެނޫން ކަންކަން އެނގެއެވެ. ވީމާ މީގެ މުރާދަ އަކީ ޖުމްލަކޮށް އޭނާގެ ހަށިގަނޑަށް ބެލުމެވެ. އެއީ އެހެން އަންހެނުންނަށް ބެލުން ހުއްދަ އެހެނަސް ހިލޭ ފިރިހެނުން ބެލުން ހުއްދަ ނޫން މިންވަރެވެ.
”އޭނާއާއި މެދު ކިޔައިދިނުމޭ“ އޮތް ( فَتَنْعَتَهَا ) މާނައީ : އެކަނބުލޭގެ ރޫފައިން⁽²⁾ ފެނުނު އެއްޗެއް ޞިފަކޮށްދިނުމެވެ.
”(ފިރިހެން މީހާގެ) ހަމަލޮލަށް އެކަނބުލޭގެ ފެންނަ ފަދައިންނޭ“ އޮތް ( كَأَنَّهُ يَنْظُرُ إِلَيْهَا ) : އެބަހީ، ޞިފަކޮށްދިނުމުގެ ވަޒަން ހަމަ ކަމާއި ގިނަގުނަ ތަފްޞީލެވެ. އެހެންކަމުން އޭނާގެ ހިތް އެކަނބުލޭގެއަށް ޖެހެއެވެ. އަދި އޭގެ ސަބަބުން ފިތުނަޔަށް ވެއްޓިދެއެވެ.
މަރުޖިޢު: فيض القدير (9723)
~ ގަލަންދާނު
ــــــــــــــــــــــــ
[1] ރިވާކުރެއްވީ: އަލްބުޚާރީ (5240) ، (5241) ގައި. އަދި އަޙްމަދު 1/380 (3609)، 1/387 (3668) ، އަދި އަބޫ ދާވޫދު 2150 ، އައްތިރުމިޛީ 2792 ، އަދި އައްނަސާއީ "އަލްކުބްރާ" 9186 ، 9187 ގައި.
[2] ރޫފަ: ހަށިގަނޑުގެ ބުރުސޫރަ، ސަމައްތަރު، ރޫހަ (ދިވެހިބަހުގެ ރަދީފު)
🔴ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވިއެވެ:
أَنَّ الِاعْتِرَاضَ وَالْقَدْحَ لَيْسَ بِعِلْمِ وَلَا فِيهِ مَنْفَعَةٌ. وَأَحْسَنُ أَحْوَالِ صَاحِبِهِ : أَنْ يَكُونَ بِمَنْزِلَةِ الْعَامِّيِّ وَإِنَّمَا الْعِلْمُ فِي جَوَابِ السُّؤَالِ
❞ އިޢުތިރާޟު ކުރުމާއި⁽¹⁾ އެއްޗެހިގޮވުމީ⁽²⁾ ޢިލްމުވެރިކަމެއް ނޫނެވެ. އަދި އޭގައި މަންފާޢުއެއް ވެސް ނުވެއެވެ.⁽³⁾ އެންމެ ހެޔޮކޮށް ބުންޏަސް އެފަދަ މީހަކީ ޢާންމު މީހެއްގެ ދަރަޖައިގައިވާ މީހެކެވެ.⁽⁴⁾ އަދި ހަމަކަށަވަރުން ޢިލްމުވެރިކަން ވަނީ (ކުރެވުނު) ސުވާލަށް (ސާފު) ޖަވާބުދިނުމުގައެވެ. ❝
(مجموع الفتاوى ٤ /٢٧-٢٨)
~ ގަލަންދާނު
ـــــــــــــــــــــ
(1) އިއުތިރާޒު: ދެކޮޅު ހަދާހެދުން، ޤަބޫލު ނުވާނުވުން، ނުރުހުންވާ ނުރުހުން (ދިވެހިވަހުގެ ރަދީފުން)
ދަލީލެއް ގެނައުމުން އެޔަށް ޢިލްމީގޮތުން (މިސާލަކަށް، ޞައްޙަ ނޫން ކަމަށް ނޫނީ ސަލަފުންގެ ނަޒަރުގައި އޭގެ މާނައަކީ އެއެއް ނޫންކަމަށް، ނޫނީ އެއާއި ޚިލާފަށްވާ ސާފު ދަލީލެއް ފަދަ) ރައްދެއް ނުދީ ދެކޮޅުހެދުމެވެ.
(2) އެއްޗެހިކިޔުމާއި އެއްޗެހިގޮވުމީ: ކަމަކާއި ހިތާނުވެގެން ދައްކާވާހަކައެވެ. އަދި އޭގެތެރޭގައި އަނެކާގެ ބަސްތަކަށް (އިންކާރައިގެ) ފާޑުކިޔުމާއި މަލާމާތާއި ފުރައްސާރަހިމެނެއެވެ. މުނާފިޤުންގެ ޞިފަތަކުގެ ތެރޭ، އިތުރުއެކަލޭގެފާނުން ﷺ ޙަދީޘް ކުރެއްވިއެވެ: "إذا خاصم فجر" ”ޖަދަލު ކުރާހިނދު، ފާޖިރު ވެއެވެ.“ ޢިލްމުވެރިން ވިދާޅުވެތެވެ: މިތާނގައި ފާޖިރު ވުމުގެ މަޢުނައީ: (ޖަދަލުގައި) ޙައްޤު ބާޠިލަށް ހަދާލުމާއި ހަމަޔަށް، ޙައްޤުން އެއްކިބާވުމެވެ. އަދި ބާޠިލު ޙައްޤަށް ހަދާލުމެވެ. އަދި މިއީ ދޮގުގެ ސަބަބުން ނިކުންނަ ނަތީޖާއެވެ. ނަބިއްޔު ﷺ ޙަދީޘް ކުރެއްވިފަދައިންނެވެ: «إيّاكم والكذب ، فإنَّ الكذب يهدي إلى الفجور ، وإنَّ الفجور يهدي إلى النار» (ދޮގު ހެދުމުން ތިޔަބައިމީހުން ރައްކާތެރިވާށެވެ. ފަހެ ހަމަކަށަވަރުން ދޮގުވެރިކަން މަގުދައްކަނީ الفجور އަށެވެ. އަދި الفجور މަގުދައްކަނީ ނަރަކައަށެވެ.)
(3) އެފަދަ މީހަކާއި ޖަދަލުކުރުމުގެ ފައިދާއެއް ނުވެއެވެ.
(4) އެއީ ޖާހިލުންގެ ސިފައެކެވެ.
✅ ❝ The Muslim must accustom himself in accepting the truth from who ever it is brought. It is not necessary that everything an innovator says is false, and it is not necessary that if you are following the Haqq and the Sunnah that everything you say is haqq (the truth). Verily some of what you say may be false, hence you should be careful with your inner self (nafs), and should weigh people on the scales of justice, and beware of hawā (whims and desires of the soul), for hawā accompanies with its companion just as a wound accompanies its companion. As Abu Tammām said: “The harm to the religion by worshipping the hawā is worse than the harm caused by worshipping to idols.”⁽¹⁾ Hence some of the salaf said: “The reason why desires are called al-hawā is because they cause the one who follows them to “yahwī” – fall – into the hellfire”⁽²⁾ ❞
— Shaykh Sulaymān bin Nāṣir Al-ʿAlwān (text)
~ Galandān
-------------------------
[1] These are lines of poetry, by the poet Abū Tammām (231 h), which reads:
وعِبَادَة ُ الأهوَاءِ في تَطْويحِها
** بالدين فوْقَ عِبَادَة ِ الأصنَامِ
[2] This was quoted from Al-Shaʿbī (104 h.) «قال الشعبي : إنما سمي الهوى لأنه يهوي بصاحبه في النار . ـ»
②
⏺އަދި ބައެއްމީހުން އެހެންމީހުން ހެއްވާލުމަށްޓަކައި މަލާމާތްކޮށް މަޖާކުރުމުގެގޮތުން ޣީބަބުނެ އުޅެތެވެ. ދެން އޭނާ އެމީހަކަށް ފުރައްސާރަކޮށް އޭނާއަށް މަލާމާތްކުރުމުގެ ގޮތުން ވައްތަރުޖައްސައި އޭނާ ކުޑަކޮށްލައެވެ. (މިދެންނެވި ފަދައިން އޭނާގެ ކުރިމަތީ ތިބޭމީހުންހެއްވާލާ މުނިފޫހި ފިލުވާދިނުމަށްޓަކައި އެނެކުންގެ އަޢިބުކިޔާ މަޖާކޮށް ހީހެދުމަކީ ވަރަށްގިނަމީހުން ނޭނގިނަމަވެސް ކުރަމުން އަންނަ ކަމެކެވެ.)
⏺އަދި ބައެއްމީހުން އަޖައިބުވުމުގެ ގޮތުންވެސް ޣީބަބުނެއުޅެތެވެ.
⚠️ފަހެ އޭނާ ބުނެތެވެ. އެވެނި މީހަކާމެދު އަހަރެން އަޖައިބުކުރުވައިފިއެވެ. އޭނާ އެވެނި މިވެނި ކަމެއް ނުކުރީ ކީއްވެ ހެއްޔެވެ. އަދި އެވެނި މީހަކު އެވެނި އެވެނި ކަމެއްގެ ތެރެއަށް ވަދެގަތީ ކިހިނަކުން ހެއްޔެވެ. އަދި އެވެނި މީހަކު އެވެނި މިވެނި ކަމެއްކުރީ ކިހިނަކުން ހެއްޔެވެ. ދެން ފަހެ އޭނާ އަޖައިބުވާޙާލު ޣީބަ ބުނެވޭ މީހާގެ ނަންގަނެ ޣީބަބުނެއުޅެތެވެ.
🤚[މިދެންނެވި ފަދައިން ޣީބަބުނެއުޅެނީ ވަރަށް އަންތަރީސްވާކަމަށް ހެދިގެންނެވެ. މީހެއްގެ ކޮންމެވެސް ޢައިބެއް ނުވަތަ މީހެއްގެ ނުބައިވާހަކައެއްދައްކާފައި އެއީ ވަރަށް ހައިރާންކުރަނިވިކަމެއް ކަމުގައި ހަދައެވެ.]
⏺އަދި ބައެއް މީހުން ޣީބަބުނެއުޅެނީ އަނެކާގެމައްޗަށް އޭނާ ދެރަވާކަމަށްދައްކައި އެފަދަ ވާހަކައެއް ދައްކައިގެންނެވެ.
⚠️ފަހެ އޭނާ ޣީބަބުނުމަށްޓަކައި ބުނެއުޅެތެވެ. އެވެނި އެވެނި މީހަކަށް އެދިމާވި ކަންތަކާއި މެދު އަހަރެން ވަރަށް ދެރަވެއްޖައީމެވެ. ދެން އަޑުއަހާމީހުން ހީކުރާނީ އޭނާ އަނެކާގެ މައްޗަށް ހަމްދަރުދީވެ ހިތާމަކުރާކަމަށެވެ. އަދި އޭނާގެ ހިތްވަނީ އެވާހަކަ ދެކެވޭމީހާގެ މައްޗަށް ޙަމްދަރުދީވެގެންކަމަށް އަޑުއަހާމީހުން ހީކުރާނެއެވެ. އަދި އޭނާއަށް ކުޅަދާނަވެގެންވާނަމަ ވާހަކަދެކެވޭ މީހާގެ ގައިގައި ހުރިވަރަށްވުރެ އިތުރަށް އިތުރުކޮށްގެން ވާހަކަދައްކާނެއެވެ.
[މިވެސް ޣީބަ ބުނުމުގައި ވަރަށް ޢާންމު ވައްތަރެކެވެ. އެފަދަމީހުން މާބޮޑަށް ހަމްދަރުދީވާކަމުގައިހެދި އަނެކާގެގައިގައި ހުންނަ އުނިކަންކަމުގެ ވާހަކަދައްކައި އަނެކާ ބޭޒާރުކޮށްލަނީއެވެ.]
🤚 މިފަދަ ކަންކަމަކީ އަދި މިނޫންވެސް މިފަދައެހެންކަންކަމަކީ ހިތުގެ އެންމެ ބޮޑެތި ބަލިމަޑުކަމުގެ ތެރެއިންވާ ބަލިމަޑުކަމެވެ. އަދި މިއީ ﷲއަށާއި އެއިލާހުގެ އަޅުތަކުންނަށް އޮޅުވާލުމެވެ.
⏺އަދި ބައެއްމީހުން ޣީބަބުނެއުޅެނީ ރުޅިއަންނަކަމުގައި ހަދައި، މުންކަރާތްތަކަށް އިންކާރުކުރުމުގެ ގޮތުންނެވެ. މިފަދައިން ކަންތައްކުރަނީ އެމީހުންގެ ބަސްމަގު އޮމާންކޮށް ރީތިކުރުމުގެ ގޮތުންނެވެ. އެމީހުންގެ މަޤްޞަދަކަށްވެފައިވަނީ އެނެކުންގެ ކުރިމަތީ އެހެން މީހުންގެ ޢައިބުތައް ހާމަކުރުމެވެ.
وَاللَّهُ الْمُسْتَعَانُ ❝
— [مجموع الفتاوى 28/ص: 236-238]
ــــــــــــــــــــــ
[ނޯޓް] މިއީ ދިސަލަފިޔާ ވެބްސައިޓުގައި ޝާއިޢު ކުރެވިފައިވާ ލިޔުމެއް. އޭގައިވާ ކުޑަ ކުށަކަށް އިޞްލާޙެއް ގެނެވިފައިވާނެއެވެ. އަދި [ބުރެކެޓު] ގައި ވާ ބައިތަކަކީ މުތަރުޖިމު، މުއުތަމިން އަޙްމަދު (سدده الله) ގެ ތަފްޞީލުތަކެވެ.
~ ގަލަންދާނު
📖 Holding On To Means To Achieve The Objectives Of This World, And Ḥukum Of Those Who Deny This Reality
The author of "Characteristics Of The Victorious Party" ⁽¹⁾ — May Allah guide him — under the headline “This is our ʿAqīdah” , stated:
And the Dunyā is the place of means (asbaab) whose abandonment is not permissible so long as one has the ability to perform them. And relying upon them is Shirk, and leaving them is disobedience, and not acknowledging them is Zandaqah.
🔵❝ Rejoicing the demise of the enemies of Islam, the people of bid'ah, and those who openly declare immorality: is a legitimate matter, and it is one of Allah's blessings upon His servants and upon trees and animals. In fact, the people of Sunnah rejoice in the affliction of illness and imprisonment of those people and the misfortunes that befall them. ❞
— Islamqa (154727)
~ Galandān
💎 ހުރިހާ މަގުފުރެދިފައިވާ މީހުންނަށް ތެދު ކައުނިއްޔަ ޤަވާޢިދެއް — ދެއުޅިއެއްނުވުން
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ:
❞ އަދި މަގުފުރެދިފައިވާ އެންމެހާ މީސްތަކުންގެ ވެސް ބަސްމަގު، ދެ އިދިކޮޅު އެއްކުރުން ލާޒިމު ކުރެއެވެ. ނުވަތަ ދެ އިދިކޮޅު އެކުއެކީ ދޫކުރުން ލާޒިމު ކުރެ އެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް އެވެރިންގެ އެ ދަޢުވާ ގެ ސަބަބުން މި ލާޒިމުވާ ކަންތައް އެނގޭ މީހުންވެއެވެ. އަދި އޭގައި (ގޮތްދޫނުކޮށް) ހިފަހައްޓައެވެ. އަދި އޭގެތެރޭން އެކަން ނުދަނެ ތިބޭ މީހުންވެސް ވެއެވެ.
އެއްފަހަރާ އެއް ނުވާނޭ އަދި ނެތިނުދާނޭ ކޮންމެ ކަމަކީ ދެ އިދިކޮޅެވެ. ވުޖޫދުގައި އެއްޗެއް އޮތުން ނުވަތަ ނެތުމުން މިކަން ސާފުވެގެންވެއެވެ.❝
شرح العقيدة الأصفهانية (ص531).
~ ގަލަންދާނު
❤️ Brotherhood of the Companions and Their Gratitude for Each Other
❝ The evidence for the brotherhood of the Companions, for the sake of Allah, is abundant and the examples are plentiful, the Almighty said:
﴿ وَيُؤۡثِرُونَ عَلَىٰٓ أَنفُسِهِمۡ وَلَوۡ كَانَ بِهِمۡ خَصَاصَةٌۚ ﴾
(They give ˹the emigrants˺ preference over themselves even though they may be in need.) [59:9]
Al-Ḥassan Al-Baṣrī, رحمه الله تعالى, said: “One of them used to tear his loincloth for his brother, equally sharing between them.”
Aḥmad recorded⁽¹⁾ in his "Musnad" on the authority of Anas bin Mālik رضي الله عنه , who said:
"The Muhājirīn said, “O Allah's Messenger! We have never met people like those whom we emigrated to; comforting us in times of scarcity and giving us with a good heart in times of abundance. They have sufficed for us and shared their wealth with us so much so, that we feared that they might earn the whole reward instead of us.”
He replied,
«لَا، مَا أَثْنَيْتُمْ عَلَيْهِمْ وَدَعَوْتُمُ اللهَ لَهُم»
«No, as long as you praise them (i.e. showing gratitude) and supplicate to Allah for them.»"
And its narrators are (from the) trustworthy. ❞
#حديث_صحيح
—Al-Shaykh Al-Muḥaddith Sulaymān bin Nāṣir Al-ʿAlwan (text)
~ Galandān
----------------------
[1] See Musnad Aḥmad 3/200 (13106), and 3/204 (13153). Also Al-Tirmidhī 2487. A similar narration is recorded Al-Bukhārī in his "Al-Adab Al-Mufrad" 217, and Abū Dāwūd in his "Sunan" (4812). And Al-Nasāʾī in “ʿAmal Al-Yawm Wa Al-Layla” 181.
✅ Note: His ﷺ 's statement:
• “No”, means: Do not be afraid of missing out on the reward (ajr) and attaining goodness and merit (thawāb).
• “and supplicate to Allah for them”, meaning: this is on the condition that you continue to pray for them to be rewarded with good, prosperity and blessings.
• “you praise them”, meaning: to thank them for their actions towards you.
Amongst the benefits of this ḥadīth is: Encouragement to pray for goodness (khayr) and blessings (barakah), and to praise (thanāʾ) and give thanks (shukr) to those who are kind and charitable. (refer)
✈️ ❞ އަނިޔާވެރިވެވިފައިވާ މުއުމިނުންނަށް މަދަދުވެރި ވުމީ ކުޅަދާނަކަން ލިބިގެންވާ މިހާއަށް ފަރުޟެކެވެ. އެމީހެއްގެ ކުރިމަތީގައި މުސްލިމެއް ނިކަމެތި ކުރެވިއްޖެނަމަ، ނޫނީ އަނިޔާވެރިވެވިއްޖެ ނަމަ، އޭނާއަށް ނަޞުރުވެރި ވުމުގެ ކުޅަދާނަކަން ހުރެމެ، އޭނާއަށް ނަޞްރުވެރި ނުވެއްޖެނަމަ، ނަޞްރުވެރި އަދި އެހީތެރިޔެއް ނުވާ ޙާލެއްގައި އޭނާ ޚުދު ނިކަމެތި ކުރެވޭހުއްޓެވެ.
އަނިޔާލިބިގެންވާ މީހުންނަށް ނަޞްރުވެރިވާ މިންވަރަކުން ﷲ ތިބާއަށް ނަޞްރުވެރިވެ ވޮޑިގަންނަވާނެތެވެ. އަދި މުސްލިމުތަކުންނަށް ތިބާ މަދަދުވެރިވާ މިންވަރަކުން ﷲ ތިބާއަށް މަދަދުވެރިވެވޮޑިގަންނަވާނެތެވެ.
މުސްލިމުތަކުންގެ ޢައިބުތައް ތިބާ ފަރުދާކޮށްދޭ މިންވަރަކުން ﷲ ތިބާގެ ޢައިބުތަކުގެ މައްޗަށް ފަރުދާލައްވަވާނެތެވެ. އަދި އެއުރެންނަށް ތިބާ ޢަފޫ ކުރާ މިންވަރަކުން ތިބާއަށް ޢަފޫޢުވެވޮޑޮގަންނަވާނެތެވެ. އަދި އެވެރިންގެ ކުށްތަކަށް ޢުޛުރުތައް ލައިދޭ މިންވަރަކުން ތިބާއަށް ޢުޛުރުލައްވަވާނެތެވެ. އަދި ތިބާ ﷲގެ އަޅުތަކުންނަށްޓަކައި ވާ މިންވަރަކުން ﷲ ތިބާއަށްޓަކައި ވޮޑިގެންވާނެތެވެ.
ވީމާ ތިބާ އާއިއެކު ﷲ ވޮޑިގެންވާން އެދޭބީދާއިން މީސްތަކުންނާއި އެކު ތިބާ މުޢާމަލާތްކުރާށެވެ. ދަންނައެ، ޖަޒާއު ދެވުން ވަނީ ޢަމަލުގެ ޙައިސިއްޔަތުންނެވެ: ހެވަށް ހެޔޮ ޖަޒާއެވެ. ނުބަޔަށް ނުބައެވެ. ❝
~ އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން ބްނު ނާޞިރަލް ޢަލްވާން (ބަސްކޮޅު)
— ގަލަންދާނު
❝ The statement from the isrāilic narration which says, Allah says:
: (إنَّ من عبادي من لا يصلح إيمانه إلَّا الفقر ولو أغنيته لأفسده ذلك، وإنَّ من عبادي من لا يصلح إيمانه إلا الغنى، ولو أفقرته لأفسده ذلك)
“Verily from my servants are those whose faith is not amended except by poverty, and if I make him rich, it would have made his faith spoiled. And verily from my servants are those whose faith is not amended except by wealth, and if I make him poor, it would have made his faith spoiled.”
This was narrated by Al-Ḥakīm Al-Tirmidhī in “Al-Nawādir”⁽¹⁾ It is ḍaʿīf (a weak narration.) Nevertheless its meaning is correct. ❞
#حديث_ضعيف
—Al-Shaykh Al-Muḥaddith Sulaymān bin Nāṣir Al-ʿAlwān (text)
~ Galandān
-----------------
[1] “Nawādīr Al-Uṣūl” (2/232). See also: Ibn Abī Al-Dunyā in "Al-Awliyā’ (1), and by Abū Nuʿaym in “Ḥilyat Al-Awliyā’ (8/318) and also by Al-Ṭabarānī in “Al-Muʿjam Al-Awsat” (609) Ibn Rajab after quoting this narration in Al-Jāmiʿ stated: “Al-Khushanī and Sadaqah (who are amongst its chain of transmission) are weak, and Hishām is not known. Ibn Maʿin was asked about this Hishām: Who is he? He replied: “No one.” meaning: He is not considered.”
•
(މަދަރުސާތަކުގައި #الاختلاط ޙަރާމް ވުމުގެ ދަލީލުތަކުގެ ތެރޭން)
❞ ހިލޭ ފިރިހެނެއްގެ ޙާޟިރުގައި އެހެން އަންހެނެއް ޞިފަކޮށް ދިނުމީ (ޝަރީޢަތުގައި) ނާޖާއިޒުކަމެއް ނަމަ، ފަހެ ދަރަޖައިގެ ހަމަޔަށް ބަލާއިރު، ހިލޭ އަންހެނުންނާއި ފިރިހެނުން މަސްހުނިވުންވެސް ނާޖާއިޒެވެ. އެހެނީ މިޙާލަތުގައި އެއަންހެނުން ޞިފަކުރާންވެސް ނުޖެހެއެވެ. އެވެރިންނާއި މަސްހުނިވެ ތިބުމުންނެވެ. އަދި ފެންނަ ނަޒަރުގައި އެވެރިން ތިބީތީއެވެ. މިކަމަކީ ޞިފަކޮށްދީ ކިޔައި- ދިނުމަށްވުރެ ބޮޑު ދަރަޖައެކެވެ. ވީމާ މިދެކަމުންކުރެ ޙަރާމް ވުން އަޥްލާކަން ބޮޑީ ކޮންކަމެއްގައި ހެއްޔެވެ؟ ❝
— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު
~ ގަލަންދާނު
(މަދަރުސާތަކުގައި #الاختلاط ޙަރާމް ވުމުގެ ދަލީލުތަކުގެ ތެރޭން)
❞ އަންހެނުން މިސްކިތު ޖަމާޢަތަށް ޙާޟިރުވުމާއިމެދު، ޢިލްމުވެރިން ޚިލާފުވެލެއްވިއެވެ. (ހުއްދައީ) ހަމައެކަނި ރޭގަނޑުގެ ނަމާދަށް ތޯއެވެ؟ އެހެނީ ރޭގަނޑުގައި އެވެރިންނަށް ނިވާކަން ބޮޑުވުމުންނެވެ. ނޫނީ އޭގައި ދުވާލުގެ ނަމާދުވެސް ހިމެނޭތޯއޭ އެވެ؟ އެހެނީ ރޭގަނޑުގެ ނަމާދު އެވެރިންނަށް ހުއްދަނަމަ، އަޅައިކިޔާ ހަމައިން މިނެކިރާއިރު، ދުވާލުގެ ނަމާދުތައް ހުއްދަވުން މާ އަޥްލާވެގެން ވާތީއެވެ. ވީމާ މިކަންތަކުގައި ޢިލްމުވެރިން މެދުގައި ޚިލާފުވިއެވެ.
މިއާއި، އަހަރެމެން މިވާހަކަ ދައްކާ މަޥްޟޫޢު އާއި އަޅައިކިޔާއިރު ފަހެ ކޮބައިހެއްޔެވެ؟ އެއީ ޒުވާން ފިރިހެން ކުދިންނާއި އަންހެން ކުދިން ކިޔަވާ ކިލާސްތަކުގައި، އެއްބަޔަކު އަނެއްބަޔަކާއި މަސްހުނިވާގޮތުގައި، އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބޭގޮތުގައި، އަދި އެކަކުއަނެކަކާއި ވާހަކަދައްކާ ގޮތުގައި ތިބޭ ތިބުމެވެ. މިކަންތަކަކީ އިސްލާމް ދީން އެއެއް ނުދަންނަ ކަމެކެވެ. ❝
— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު
~ ގަލަންދާނު
(މަދަރުސާތަކުގައި #الاختلاط ޙަރާމް ވުމުގެ ދަލީލުތަކުގެ ތެރޭން)
﴿وَلَا يَضۡرِبۡنَ بِأَرۡجُلِهِنَّ لِيُعۡلَمَ مَا يُخۡفِينَ مِن زِينَتِهِنَّۚ﴾
އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ!
❞ އެވެރިންގެ ހެދުންތަކުގެ ނިވަލުގައި ގިގުނިފަތި އަޅައިގެން ތިބޭ އަންހެނުން، ފިރިހެނުންގެ ސަމާލު ކަމަށް ނުގެނެވުމަށްޓަކައި ހަރުކޮށް ބިންމަތީ ފައިޖަހައި ހެދުން ނަހީ ކުރެއްވި ޙިކުމަތްވަންތަ ޝަރުޢުކުރެއްވުމުގެ ވެރި އިލާހު، ދެން އެފިރިހެނާ ގާތު އިށީނދެ، އޭނާއާއި ޖެހިގެން ކިޔަވަން އިނދެ އެކަމުގައި ދިމާވާ އެންމެހާ ކަމެއްގައި ލެވި، އަދި އޭނާގެ އަޑު ކޮންމެހެން އިވެންޖެހި، އޭނާގެ ހަށިގަނޑުން ބައެއް ތަންތަން ހާމަވެ އަދި ބައެއް ފަހަރު އަތްޖެހި ވުމަށް ހުއްދަ ދެއްވާނޭ ކަމަށް ސަލާމަތް ބުއްދިއެއް ހީކުރާނެހެއްޔެވެ؟ އެއްވެސް ޝައްކެތް ނެތް ގޮތުގައި ޝަރުޢުކުރެއްވުމުގެ އިލާހު މިކަމުން ހުސްޠާހިރުވަންތަ ވޮޑިގެން ވެއެވެ. والحمد لله. ❝
— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)
~ ގަލަންދާނު
#تدبر_آية
🌙 ❞ ޢައިޝަތުގެފާނު އަރިހުން ރިވާވެފައިވާ ބަސްކޮޅު، އެކަމަނާ އަވަހާރަފުޅުލައްޕަވަން ގަސްދުކުރައްވާނަމަ ވިދާޅުވެޔޭ: « اللَّـهُمَّ إِنِّي أَسْأَلُكَ رُؤْيَا صَالِحَةً، صَادِقَةً غَيْرَ كَاذِبَةٍ، نَـافِعَةً غَيْرَ ضَارَّةٍ » ރިވާކުރެއްވީ އިބްނުއް ސުއްނީ، ޞައްޙަ ސަނަދަކުންނެވެ. ❝ ⁽¹⁾
— އަލްޢަލްވާން
~ ގަލަންދާނު
ـــــــــــــــــ
[1] މިރިވާޔަތާއި ބެހޭ ތަފްޞީލެއް އަހަރެމެން ވާނީ ކުރިން ގެނެސްދީފައެވެ. 📝 (ބަލާލުމަށް)
💎 A benefit
« مَنْ لاَ يَشْكُرِ النَّاسَ لاَ يَشْكُرِ اللَّهَ »
“He who does not thank people does not thank Allah.” ⁽¹⁾
#حديث_صحيح
❝ It means that if a person's nature and character are void of gratitude towards people for their favors and kindness, then they will also not be grateful to Allah. Due to his bad behavior and his aloofness, he often resides in a state of not thanking Allah.
What is required for the believer is to thank for the favors of whoever grants him generosity, from his close relatives and others.
Just as he must thank Allah عز وجل for what has been favored to him he must also thank people for their generosity to him and their kindness to him. And Allah -جل وعلا - loves His servants to thank those who have done good to them, and to return kindness with kindness, as he (ﷺ) said in a ṣaḥīḥ ḥadīth:
“.. if anyone does you a kindness recompense him, but if you have not the means to do so pray for him until you feel that you have recompensed him.”⁽²⁾
This is why it is prescribed for the believer to pray for those who invite him for a treat, and to recompense the one who has been generous to him with generosity and to praise him well in return for his generosity to him, and to exert in doing good deeds for him. This is amongst the most noble morals (makārimul akhlāq) and best of deeds.❞
— Shaykh, ibn Bāz (source)
~ Galandān
---------------------------
[1] Narrated by Al-Tirmidhī 1954. Also Aḥmad 2/258 (7495), 2/295 (7926), 2/302 (8006) and 2/461 (9945), 2/388 (9022), 2/492 (10382). Al-Bukhārī in “Al-Adab Al-Mufrad” 218. Abū Dāwūd 4811, and ibn Ḥibbān 3407.
[2] “Narrated by Abū Dāwūd 1672. Also Aḥmad, 2/68 (5365) and 2/127 (6106), in 2/95 (5703), 2/99 (5743) and ʿAbd bin Ḥumayd no. 856, and Al-Bukhārī in Al-Adab Al-Mufrad, 216 , 5109 and in “Al-Kubrā” 5/82, 2359.
✅ ❞ ވަކި މައްސަލައެއްގައި ނޫނީ އޭގެން ބަޔެެއްގައި، ޞައްޙަ ޤަޥްލެއް ބުނެފިމީހެއް، އަހަރެމެން ވަނީ އެކަމުގައި އޭނާއަށް އެއްބާރުލުން ދިނުމުގައެވެ. ނުވަތަ އެއްބަސްވުމުގައެވެ. އޭގެމާނައީ، އެފަރުދަކީ ރަނގަޅު މީހެއްކަމުގައި ކަނޑައެޅުމެއް ނޫނެވެ. ޝެއިޚުލް އިސްލާމް ވިދާޅުވިއެވެ: «ހަމަކަށަވަރުން އެކަމެއްގައި ދަލީލު ގެންނަ މީހަކަށް ތަބައުވުން، ކޮންމެ ފަރުދަކަށްވިޔަސް ވާޖިބެވެ. އެއީ އެ ޞައްޙަ ބަހެއް، ޞައްޙަ ދަލީލާއިއެކު ގެނައީ ކާފަރެއް ވިޔަސް އެވެ. އެކަމުގައި އޭނާއާއި އެއްބަސްވުން ވާޖިބެވެ.»❝
—އައްޝައިޚް އަބޫ ސަލްމާން، ޙައްސާން ޙުސެއިނުއް ޞޫމާލީ (ބަސްކޮޅު)
~ ގަލަންދާނު
#حديث_ضعيف #حديث_صحيح
މިޙަދީޘްގެ ޞައްޙަކަމުގެ މިންވަރަކީ ކޮބައިތޯއެވެ؟
«مَنْ حَمَى مُؤْمِنًا مِنْ مُنَافِقٍ " . أُرَاهُ قَالَ " بَعَثَ اللَّهُ مَلَكًا يَحْمِي لَحْمَهُ يَوْمَ الْقِيَامَةِ مِنْ نَارِ جَهَنَّمَ وَمَنْ رَمَى مُسْلِمًا بِشَىْءٍ يُرِيدُ شَيْنَهُ بِهِ حَبَسَهُ اللَّهُ عَلَى جِسْرِ جَهَنَّمَ حَتَّى يَخْرُجَ مِمَّا قَالَ» ⁽¹⁾
”މުނާފިޤެއް ގެ ފުށުން މުއުމިނެއް ދިފާޢުކޮށްދީފި މީހާ، އޭނާގެ ހަންގަނޑު ޤިޔާމަތް ދުވަހުގައި، ޖަހަންނަމައިގެ އަލިފާނުން ޙިމާޔަތްކޮށްދިނުމަށް ﷲ މަލާއިކަތެއް ފޮނުއްވަވާނެއެވެ. އަދި މުސްލިމެއްގެ އަގުވައްޓާލުމަށް އެދި ބަހެއް އެއްލައިފިމީހާ، އޭނާ އެބުނިއެއްޗެއް އަނބުރައި ގެންދިޔުމާއި ހަމަޔަށް، ﷲ އޭނާ ނަރަކަމަތީގައިވާ ފާލަމުގައި ހައްޔަރުކުރައްވަވާނެއެވެ.“
ޖަވާބު: ⚠️އޭގައި ބަލިކަށިކަމެއް ވެއެވެ.
☝️އެހެނަސް ﷲ تعالى ވަޙީ ކުރެއްވިއެވެ:
«وَمَن يَكۡسِبۡ خَطِيٓئَةً أَوۡ إِثۡمًا ثُمَّ يَرۡمِ بِهِۦ بَرِيٓئًا فَقَدِ ٱحۡتَمَلَ بُهۡتَٰنًا وَإِثۡمًا مُّبِينًا» [سورة النساء 112]
{އަދި، ކުށެއް ނުވަތަ ފާފައެއްކޮށް (އެކަމުގެ) ކުށެއްނެތް މީހެއްގައި އެކަން އަޅުވާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ބޮޑުވެގެންވާ ދޮގަކާއި، ފާޅުވެގެންވާ ފާފައެއް އުފުލައިފިކަން ކަށަވަރެވެ.}
☝️އަދިވެސް އެއިލާހު تعالى ވަޙީކުރެއްވިއެވެ:
«وَٱلَّذِينَ يُؤۡذُونَ ٱلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِ بِغَيۡرِ مَا ٱكۡتَسَبُواْ فَقَدِ ٱحۡتَمَلُواْ بُهۡتَٰنًا وَإِثۡمًا مُّبِينًا» [سورة الأحزاب 58].
{އަދި އެއުރެން ހޯދައިގަތް ކުށަކާނުލައި مؤمن ފިރިހެނުންނަށާއި، مؤمن އަންހެނުންނަށް އުނދަގޫކުރާ މީހުން (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއުރެންނީ بهتان ދޮގަކާއި، ފާޅުވެގެންވާ ފާފައެއް ލިބިގެންފި ބަޔެކެވެ.}
✅ އަދި އަޙްމަދާއި އަބޫ ދާވޫދު ޖައްޔިދު ސަނަދަކުން ރިވާކުރެއްވިޔޭ، ޔަޙްޔާ ބުނު ރާޝިދު އަރިހުން، މިކަލޭގެފާނު ވިދާޅުވިޔޭ: ޢަބްދު ﷲ ބުނު ޢުމަރު ގާތަށް އަހަރެމެން ޒިޔާރަތްކުރުމުން، އެކަލޭގެފާނު ނިކުމެވަޑައިގެން އަހަރެމެންގާތު އިށީންނަވައި ވިދާޅުވިއޭ: ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވީތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމޭ:
«مَنْ حَالَتْ شَفَاعَتُهُ دُونَ حَدٍّ مِنْ حُدُودِ اللَّهِ، فَقَدْ ضَادَّ اللَّهَ، وَمَنْ خَاصَمَ فِي بَاطِلٍ وَهُوَ يَعْلَمُهُ، لَمْ يَزَلْ فِي سَخَطِ اللَّهِ حَتَّى يَنْزِعَ عَنْهُ، وَمَنْ قَالَ فِي مُؤْمِنٍ مَا لَيْسَ فِيهِ أَسْكَنَهُ اللَّهُ رَدْغَةَ الْخَبَالِ حَتَّى يَخْرُجَ مِمَّا قَالَ» ⁽²⁾
🔴”ﷲ ގެ ޙައްދަކާއި ދެކޮޅަށް އެއްވެސް މީހެއް، އެމީހެއްގެ ޝަފާޢަތެއް (އެބަހީ ކަމަކަށް އެދި ދަންނަވާ އާދޭސް) ގެނެސްފިނަމަ، ފަހެ އޭނާ ﷲ އާއި އިދިކޮޅުހަދައިފިއެވެ.
🔴ކަމެއްގެ ބާޠިލުކަން ދަނެހުންނަ ޙާލު، ބާޠިލު ކަމެއްގައި އެއްވެސް މީހެއް ޖަދަލުކޮށްފިނަމަ، އެކަމަކުން އޭނާ ވަކިވެއްޖެއުމަށް ދާންދެން ﷲ ގެ ނުރުއްސެވުން އޭނާގެ މައްޗަށް ކެނޑިނުދާނެތެވެ.
🔴މުއުމިނެއްގެ ފުށުގައި ނުވާ ކަމެއްގެ ވާހަކަ، އޭނާ އާއިމެދު ދައްކައިފި މީހާ، އޭނާ އެދެއްކިވާހަކައެއް އަނބުރައި ގެންދިޔުމާއި ހަމަޔަށް، ނަރަކައިގެ އަހުލުންގެ ގައިން ފައިބާ ފާދިޔަތަކުގެ ތެރޭ ﷲ އޭނާ ލައްވަވާނެތެވެ.“
والله أعلم.
— އައްޝެއިޚް އަލްމުޙައްދިޘް އަބޫ ޢަބްދު ﷲ އަލްޙާޝިމީ އައްސޫދާނީ (ބަސްކޮޅު)
~ ގަލަންދާނު
ـــــــــــــــ
[1] ރިވާކުރެއްވީ އަބޫ ދާވޫދު 4883
[2] ރިވާކުރެއްވީ އަބޫ ދާވޫދު 3597 އަދި އަޙްމަދު 5233
🔴 މީސްތަކުން ޣީބަ ބުނެއުޅޭ ބައެއް ގޮތްތައް…
①
ޝައިޚުލް އިސްލާމް އިބުނު ތައިމިއްޔާ – رحمه الله – ވިދާޅުވެފައިވެއެވެ:
🤚 ❞ މީސްތަކުންގެ ތެރެއިން ބަޔަކު، އޭނާގެ ރައްޓެހިންނާއި ގާތްތިމާގެ މީހުންނާއި އަދި އެކުގައި އެއްމަޖިލިސްކުރާމީހުންނާއި އެއްބައިވުމުގެ ގޮތުން ޣީބަބުނެއުޅެތެވެ. އެއީ އޭނާ އެމީހެކޭ ކިޔައިގެން ޣީބަބުނެވުނު މީހަކީ، އޭނާ އެދެއްކި ވާހަކައަކުން ނުވަތަ އޭނާދެއްކި ވާހަކަތަކުގެ ތެރެއިން ބައެއް ވާހަކައިން ބަރީއަވެގެންވާ މީހެއްކަން އެނގޭ ޙާލުގައެވެ. އެހެނީ އޭނާ ދެކެނީ، އޭނާ އެބައިމީހުންނާއި އިންކާރުކޮށްފިނަމަ މަޖުލިސް ރޫޅި އޭނާއާމެދު އެމީހުން ނަފުރަތްތެރިވެދާނެކަމަށެވެ. އެހެންކަމުން އޭނާދެކެނީ އެމީހުންނާއި އެއްބައިވުމަކީ، ތިމާގެކަމުގެ ގުޅުން ދަމަހައްޓައި، ރަހުމަތްތެރިކަމުގެ ގުޅުން ބަދަހިކުރުން ކަމުގައެވެ. ދެން އޭނާ އެމީހުން ރުޅިއަންނަހިނދު އެމީހުންނާ އެއްބައިވެ ރުޅިއާދެއެވެ. އަދި އެމީހުންނާއެކު އެވާހަކަދެއްކުން ކުރިޔަށްގެންދައެވެ.
⏺އަދި ބައެއްމީހުން އެކިކަހަލަ ވާހަކައިން ޣީބަ ބުނެއުޅެތެވެ. އެގޮތުން ދީނީ ގޮތުން، އިޞްލާޙުކުރުންކަމުގައިދެކި މީސްތަކުންގެ މަސްކައި އުޅެތެވެ.”
[އޭގެ މިސާލަކީ، ދީނުގައި ޙަރާމްކުރައްވާފައިވާ ކަމެއް މީހަކު ކުރުމުން ބައެއްމީހުން އޭނާ ނެތްތަނުގައި ކިޔާއުޅެތެވެ. އެވެނި މީހަކު އެކުރީ ހާދަ ނުބައިކަމެކެވެ. އެއީ ދީނުގައި ޙަރާމްކުރައްވާފައިވާ ބޮޑުފާފައެކެވެ. ނުވަތަ އެވެނި މީހަކީ އެވެނި ނުބައި ކަމެއްކުރާ މީހެކެވެ. އޭނާގެ ފަރާތުން ރައްކާތެރިވާންޖެހޭނެއޭ ބުނެ، އޭނާގެ ނުބައި ހުރިހާ ވާހަކަތަކެއް ދައްކާ އުޅެތެވެ. މީހެއްގެ ނުބައިކަމަކުން ބަޔަކު ސަލަމާތްކުރަންކަމަށްބުނެ އޭނާގެ ހުރިހާ ޢައިބެއް މީސްތަކުންގެތެރޭ ދައްކާ ފަޟީޙަތްކޮށް އުޅެތެވެ.]
⚠️އަދި ބުނެއުޅެތެވެ. މީހެއްގެ ހެޔޮކަމެއްގެ ވާހަކައެއް މެނުވީ ދެއްކުން އެއީ އަހަރެންގެ އާދައެއް ނޫނެވެ. ދޮގުހެދުމާ ޣީބަބުނުމަކަށް އަހަރެން ލޯތްބެއްނުކުރަމެވެ. ދެންފަހެ މީހެއްގެކަމަކާ ބެހޭގޮތުން އޭނާއަށް ޚަބަރެއްދެވުމުން އޭނާ ބުނެތެވެ. ﷲގަންދީ ބުނަމެވެ. އޭނާއަކީ ވަރަށް ރަނގަޅުމީހެކެވެ. އެހެންމަވެސް އެވެނި މިވެނި ކަންކަމެއް އޭނާގެ ގައިގައި ހުރެއޭކިޔާ ޣީބަބުނެ އުޅެތެވެ.
[މިދެންނެވުނު ގޮތަށް އެވެނިމީހަކީ ރަނގަޅުމީހެކޭބުނެ،”ނަމަވެސް” ގެދަށުން އޭނާއަކީ އެވެނި މިވެނި ކަހަލަ މީހެކޭބުނެ ޣީބަބުނުމަކީ ވަރަށް ޢާންމު ކަމެކެވެ.]
⚠️އަދި ފަހަރެއްގައި އޭނާ (ޣީބަ ބުނުމަށްފަހުގައި) ބުނެފާނެއެވެ. އޭނާއަށާއި އަހަރެމެންނަށް ފާފަ ފުއްސެވުމަށްއެދި އަހަރެން ﷲގެ ޙަޟުރަތުން އެދެމެވެ. އޭނާގެ މަޤްސަދަކީ އޭނާގެ ކައިރީތިބި މީހުން ކުރިމަތީގައި އަނެކާ ނިކަމެތިކޮށްލުމެވެ.
☝️މިފަދައިން ދީނީކަމެއްކަމުގައިދެކި އަދި އިޞްލާޙުކުރުންކަމުގައިދެކި ޣީބަބުނެތެވެ. އެބައިމީހުން އެއޮޅުވާލަން މަސައްކަތްކުރަނީ ﷲއަށެވެ. އަދި ހަމައެފަދައިން މީސްތަކުންނަށްވެސް އޮޅުވާލަނީއެވެ. އަދި އަހަރެމެންނަށް އެފަދަމީހުންގެ ފަރާތުން މިފަދަ އެތައް ވައްތަރަކަށް ޣީބަބުނެއުޅޭތަން ފެނެއެވެ.
⏺އަދި ބައެއް މީހުން، އެހެން މީހުންގެ ކުރިމަތީގައި އޭނާގެ އަގު އުފުލި، އޭނާގެ މޮޅުކަން އެހެން މީހުންނަށް ދައްކާ، އޭނާގެ ނަފްސު މަތިވެރިކުރުމަށްޓަކައި ޣީބަބުނެ އުޅެތެވެ.
⚠️ފަހެ އޭނާ ބުނެއެވެ. އިއްޔެ އަހަރެންނަށް، އަހަރެންގެ ނަމާދުގައި އެވެނިމީހަކަށް ދޫޢާކޮށްދެވުންނަމަ ކިހާރަނގަޅުވީސް ހެއްޔެވެ. އަހަރެންނަށް އޭނާއާ ހަމައަށް ދެވުނުހިނދު އެވެނި އެވެނި ކަންތައްތަކެއް އޭނާގެ ގައިގައި ހުއްޓެވެ. މިފަދައިން ކިޔައި މީހުން ނެތްތަނުގައި ނެތިމޮށިހަދަނީ، އޭނާގެ ވާހަކަ ޤަބޫލުކުރާމީހުންގެ ކުރިމަތީގައި އޭނާގެ އަމިއްލަނަފްސު މަތިވެރިކޮށް އަނެކާ ދެރަކޮށްލާ ނިކަމެތިކޮށް ދަށްކޮށްލުމުގެ ގޮތުންނެވެ.
⚠️ނުވަތަ ބުނެފާނެތެވެ. އެއީ ވަރަށް ވިސްނުންކޮށި ފަހުމްވުމުގައިވެސް ވަރަށް ދަށް މީހެކެވެ. (މިފަދައިން ބުނުމުން އަނެކުންނަށް ދޭހަވަނީ އޭނާއަކީ މިއީ ވަރަށް ވިސްނުންތޫނު ފަހުމްވުމުގައި ވަރަށް ކުރީގައި އުޅޭމީހެއްކަމެވެ.)
🤚މިފަދައިން ޣީބަ ބުނުމުގައި އޭނާގެ މަޤްޞަދަކަށްވަނީ އޭނާގެ އަމިއްލަ ނަފްސަށް މަދަޙަކިޔައި ޘަނާކިޔުމާއި އަދި އޭނާގެ މޮޅުކަން މީސްތަކުންނަށް ޘާބިތުކޮށްދީ އަދި އޭނާއަކީ އަނެކާއަށްވުރެ މަތިވެރި މޮޅުމީހެއްކަން އެންގުމެވެ.
⏺އަދި ބައެއް މީހުން ޙަސަދަލައިގަތުމުގެ ސަބަބުން ޣީބަބުނެއުޅެތެވެ. ފަހެ އޭނާ ނުބައިވެގެންބާ ދެކަންތައް ޖަމަޢަކޮށްފިއެވެ. އެއީ ޙަސަދައާއި ޣީބައެވެ. އަދި މީހަކަށް ތަޢުރީފުކުރެވުމުން، އޭނާއަށް ވީވަރަކުން އެކަން ފިލުވާލެވޭތޯ ބަލާނެއެވެ. އެއީ ދީނީ ނުވަތަ ހެޔޮފޭރާމެއް އެކަމުގައި އަޅުވައިގެން ނުވަތަ ޙަސަދަވެރި ފާޖިރުގޮތެއްގައި ޢައިބުކިޔައި އެކަން ނައްތާލެވޭތޯ މަސައްކަތްކޮށްގެންނެވެ.
🚫”މީސްތަކުން ޣީބަ ބުނެއުޅޭ ބައެއް ގޮތްތައް…“
ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ (hd)
~ ގަލަންދާނު
🔴ޙިޖާބު ނުވުމަކީ ފާފައެކެވެ. އެއާއި ދެކޮޅަށް ވަކާލާތު ކުރުމަކީ ކުފުރެކެވެ.
❞ އަދި ޙިޖާބު އަކީ ޝަރީޢަތުގެ ޘާބިތު އަސާސު ތަކުގެ ތެރެއިން ހިމެނޭ އެއްޗެކެވެ. ޢާންމު މާނައިގައި މިބުނެވޭ ޙިޖާބު (ބުރުގާ)، މިއީ އޭގެ އަސާސު ޘާބިތު އެއްޗެކެވެ. އެއަށް އިންކާރު ކޮށްފި މީހާ، ﷲ عز وجل އަށް ކާފިރު ވެއްޖެއެވެ. އަދި ޢާންމު މަފްހޫމުގައި މިވާ ހިޖާބު، އެއީ އާދަކާދައެކޭ ނުވަތަ އެއީ ޘަޤާފަތެކޭ ބުނެއްޖެ މީހާ، ކާފަރުވެ އިސްލާމީ މިއްލަތުން ބޭރުވެއްޖެއެވެ. އަދި އަންހެނަކު، ތިމަންނާ ލާން ބޭނުން ކޮންމެ އެއްޗެއް ލެވުން ވެޔޭ ނުވަތަ ތިމަންނާގެ ހެދުމުގައި ތިމަން އެދޭހާ ގޮތަކަށް ޢަމަލު ކުރެވިދާނެޔޭ އަދި ހެދުމުގެ ކަންތަކަކީ ޒާތީ މިނިވަން ކަމުގެ ތެރެއިންވާ ކަމެކޭ ބުނުން، މިއީ ﷲ عز وجل ގެ ކަލާމް ފުޅުގެ ބޭރުފުށަށް ފާޅުވާން އޮވެ، އިސްލާމް ކަމުގެ ޟަރޫރީ މިންވަރުން އެނގިގެންވާ (ދީނުގެ) ޘާބިތު އަޞްލަކަށް އިންކާރު ކުރުމެކެވެ. މިއީ ޢިލްމުވެރިން އެއެއްގައި އިޚްތިލާފު ވެލައްވާފައިވާ (މޫނާއި ދެއަތްތިލަ ފަދަ) މިކަމުގައި ހިމެނޭ ތަފްޞީލީ ކަންކަމާ މުޅިން ތަފާތު ކަމެކެވެ. ❝
— ޢަބްދުލް ޢަޒީޒް އައްޠަރީފީ (މަޞްދަރު)
~ ގަލަންދާނު