qalandhar | Unsorted

Telegram-канал qalandhar - Galandān ގަލަންދާނު

1843

ޢިލްމު އަދި އެއަށް ލޯބިކުރާ ދަރިވަރުންނަށް Notes by, ibn Fahmī Dīdī عفا الله عنه Friends & family

Subscribe to a channel

Galandān ގަލަންދާނު

📌A comprehensive fatwa on this matter

https://islamqa.info/en/answers/126486/

Читать полностью…

Galandān ގަލަންދާނު

☁️ Question: Is it permissible to accept money from someone who is suspected of having earned it in ḥarām (forbidden ways)?

Answer:

❝ A man's earnings are scrutinized to determine if: (i) his money is inherently forbidden, such as if it was stolen or usurped, or (ii) if it is forbidden due to the way he earned the money, such as dealing in ribā (usury) or engaging in business malpractice etc.

In the first type of earning, ḥarām earnings such as stolen money, it is not permissible to take from it and there is no exception to this rule, whether it is by purchase, gift, or any other means. Al-Ḥāfiẓ Ibn Rajab wrote in “Jāmiʿ al-ʿUlūm wal-Ḥikam” that “whenever it is known that a specific thing is forbidden or that it was taken in a forbidden way, then it is forbidden to consume it, and an ʿijmā (consensus) on this was narrated by Ibn ʿAbd al-Barr and others.”— End of quote, by ibn Rajab رَحِمَهُ ٱللَّٰهُ.

Regarding the second type of prohibited earnings, if it was acquired through a legitimate means, then there are no restrictions on dealing with it. However, it is best to avoid engaging with something in that condition out of piety and as a form of reprimand. It is authentically reported that the Prophet ﷺ consumed from the wealth of the Jews, who are well known for consuming ribā and engaging in illicit dealings. One example is when a Jewish woman offered him ﷺ a sheep on the Day of Khaybar. It was poisoned, and he ate from it, but Allah protected him from its poison until the appointed time (of death). According to an authentic report from Ibn Masʿūd رَضِيَ ٱللَّٰهُ عَنْهُ, he was asked about a person whose neighbor consumed ribā and invited him to eat with him. He replied, "Accept his invitation, for the pleasure will be yours and the burden of sin will be his."

Ibn Rajab narrated from Al-Zuhrī and Makḥūl that they said: "There is no harm in eating from it unless he knows that it is specifically forbidden. If he does not specifically know what was forbidden in his money, but had knowledge that there is suspicion (shubh) in it, then there is no harm in eating from it.” —And Allah تعالى knows best. ❞


— Shaykh Abū Muḥammad Al-Maṣrī
Fatāwā ʿAbar Al-Athīr (No.1009)

~ Galandān

Читать полностью…

Galandān ގަލަންދާނު

❤️ ރައްކައުތެރިކަމުގެ ކިއްލާ

❞ ހެނދުނާއި ހަވީރުގެ ވިރުދުތަކާއި، ޢާންމު ޛިކުރުތަކާއި، ފަރުޟު ނަމާދު ތަކުގެ ފަހުގައި ކިޔެވޭ ޛިކުރު ތަކަކީ: ސިޙުރާއި، އެސްފީނާ އާއި، ވަސްވަސާ އާއި ނަފްސާނީ ބަލިތަކަށްވާ ރައްކާތެރިކަމުގެ ކިއްލާއެކެވެ. ގެއްލުމެއް ލައިގަނެފިނަމަ އެ ގެއްލުން ފަނޑުކޮށްދެއެވެ. ހިތްދަތިކަމާއި ހިތާމައިން ދިފާޢުކޮށްދެއެވެ.

ވީމާ ޛިކުރުގެ މަތީ ތިބާގެ ނަފުސު ހިފަހައްޓުވާށެވެ. އެއިން އިންސީންނާއި ޖިންނީންގެ ތެރެއިންވާ ޝައިޠާނުންގެ ފުށުން ލައިގަންނަ ކަންކަމުން އަޅާ ދިފާޢުކޮށްދެއެވެ.

އަދި ހަށިރައްކަލަކަލެއް ކަމުގައި މި ހަދާށެވެ. އަދި އެއަށް ޣާފިލުވެ ފަރުވާކުޑަ ނުކުރާށެވެ. އެއީ ޢަދުއްވުންގެ ފުށުން ތިބާ ފިލަން ދުވާ ވަޤުތުގައި ކަމަށް ވިޔަސް އެވެ. އަދި މަސައްކަތުގެ އެންމެ ބުރަކޮށް އުޅޭ ވަޤުތު ކަމުގައި ވިޔަސްއެވެ. އަދި އެންމެ ނުތަނަވަސް ދަނޑިވަޅުގައިވެސް އެވެ. އަދި ތިބާގެ މަސައްކަތަކީ، އަދި ޙާއްޖަތަކީ، އަދި ލަނޑުދަނޑި އަކީ ވެސް މިއީ ކަމުގައި ހަދާށެވެ.

އަދި (ޛިކުރުތައް ކިއުމުގައި) ތިބާގެ ހިތް ހާޒިރުވެ އޮންނަމިންވަރަކުން (އެބަހީ: ޣާފިލުކަން މަދުވާ ވަރަކަށް) އޭގެ އަޘަރު ވަރުގަދައެވެ. އަދި އޭގެ މަންފާޢު ފުރިހަމައެވެ. ❝


—ޝައިޚް ސުލައިމާން ބުނު ނާޞިރު، އަލްޢަލްވާން (ޖަވާހިރުލް ޙިސާނު ފީ ތަޣްރީދާތިލް ޢަލްވާން)
~ގަލަންދާން

🔗
☀️ ޞައްޙަ ހެދުނުގެ ޛިކުރުތައް
🌙 ޞައްޙަ ހަވީރުގެ ޛިކުރުތައް

☀️ Morning Adhkār (Al-‘Alwān)
🌙 Evening Adhkār (Al-‘Alwān)

Читать полностью…

Galandān ގަލަންދާނު

ޢާޝޫރާ ދުވަހުގެ ރޯދަ | ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

😀 އިސްލާމް ކަމާއި އީމާން ކަމާއި އިޙްސާންކަން 2/2
~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

🗣 އައްރިޔާއު އަކީ ދެދުނިޔޭގެ މުޞީބާތެކެވެ.

❞ މަޚުލޫޤުންނަށް ކަންދެއްކުމާއި⁽¹⁾ ދެއްކުންތެރިވުމާއި، ހިތްއެނބުރިފައި ވުމީ، ނަފްސަށްވާ ނުތަނަވަސް ކަމެކެވެ. އަދި ކައްވަޅުގެވެސް ނުތަނަވަސް ކަމެކެވެ. އަދި މިކަން ކުރަނީ ޢިލްމެއް ނެތް މީހުންނެވެ. އެހެނީ ޢިލްމާއި ޢަމަލު ހާމަކޮށް އެކަމުގައި މީސްތަކުންގެ މޫނަށް ބެލުމީ، އޭގެ ސަބަބުން އެޢަމަލަކަށް ﷲ ބަރަކާތެއް ނުލައްވާ އަދި އެޢަމަލެއް ބައްލަވައިވޮޑިގެން ވެސް ނުވާ ކަމެކެވެ. އަދި އެފަދަ މީހާއަށް ކާމިޔާބެއްވެސް އަދި އެއިލާހުގެ އަޅުތަކުންގެ ހިތްތަކުގައި ލޯތްބެއްވެސް ނުލައްވަވައެވެ. އަދި މީސްތަކުންގެ މެދުގައި އޭނާއާއި މެދު ހެޔޮ ގޮތެއްގައި ވާހަކަދެކެވުންވެސް ނުލައްވަވައެވެ. އެހެންކަމުން ދެއްކުންތެރިކަން އޭނާއަށް މުސީބާތަކަށްވެ ނިމެއެވެ. އަދި އޭނާ ބޭނުންވިގޮތާއި ދިމާ އިދިކޮޅަށް އެނބުރެއެވެ. ވީމާ ދުނިޔެއާއި އާޚިރަތްވެސް ނާކާމިޔާބުވެއެވެ.

ދަންނައެ، އިޚްލާޞްތެރިކަމީ ﷲ އަށްޓަކައި އެކަނި ޢަމަލުތައް ކުޅައުމެވެ. ދުނިޔެއާއި އާޚިރަތުގެ ޢިއްޒަތާއި ދަރަޖަ އުފުއްލެވުންވާ މަގަކީ އެއީއެވެ. އަދި މި އިޚްލާޞް، މިއީ (ހަވާ) ނަފުސުގެ މައްޗަށް އޮތް އެންމެ ބުރަ ކަންތަކެވެ. އެހެނީ މީގައި އެޔަށްވާ އެއްވެސް މިންވަރެއް ނުވެއެވެ.

މަޚްލޫޤުންގެ ހިތްތަކުގައި ޒީނަތްތެރިވުމާއި، އެވެރިންފުށުން ތަޢުރީފަށް އެދުމާއި އެވެރިން ކިޔާފާނެ އެއްޗަކަށް ހިތްބިރުގަތުން ފަދަ ނަފުސުގެ އުއްމީދުތައް އެމީހެއްގެ އަމަލުގައި މަސްހުނި ނުވެއްޖެމީހާ، ފަހެ އޭނާގެ ޢަމަލަކީ ﷲ އެއަށް ބަރަކާތްލައްވާ ޞާލިޙު ޢަމަލެކެވެ. އަދި އެއަކީ މަންްފާ ލިބިގެންވާ އެއްޗެއް ކަމުގައި ލައްވަވައެވެ. އަދި އެއިން އަޅުތަކުންނަށް ފައިދާ ކުރައްވަތެވެ. އަދި އޭގައި އެވެރިންނަށް ލައްޒަތާއި ބަރަކާތް ލައްވައެވެ. އަދި އޭގެ އަހުލުންނަށް ﷲ ޤަބޫލުވެވޮޑިގަތުން ލައްވައެވެ.

ދެއްކުންތެރިން އެހޯދުމަށް އެދޭ ކަންތައް، އެ ރިޔާއު ގެ ސަބަބުން ޙާޞިލެއް ނުވާނޭ ކަން ދަނެގަނެވޭނޭނަމަ، އޭގެ ސަބަބުން އެވެރިން ތައުބާއަށް އަވަސްވީހެވެ. (ޙަދީޘް) «وَمَنْ سَمَّعَ سَمَّعَ اللَّهُ بِهِ» (އަޑުއިއްވާ މީހާ ﷲ އަޑު އިއްވަވާނެތެވެ.) [އެބަހީ: މީސްތަކުންނަށް އަޑުއިއްވާން އަޅުކަން ކުރާ މީހާ، ﷲ އޭނާގެ މުނާފިޤުކަން ޤިޔާމަތްްދުވަހުން ބޭޒާރުކުރައްވައި އެންމެންނަށް އަޑުއިއްވަވާނެތެވެ.] އަދި ތައުބާ ވެއްޖެ މީހާ ﷲ ތަޢުބާ ލައްވަވާނެތެވެ. ﷲ تعالى ވަޙީ ކުރެއްވިޔޭ:

﴿تِلۡكَ ٱلدَّارُ ٱلۡأٓخِرَةُ نَجۡعَلُهَا لِلَّذِينَ لَا يُرِيدُونَ عُلُوًّا فِى ٱلۡأَرۡضِ وَلَا فَسَادًاۚ وَٱلۡعَٰقِبَةُ لِلۡمُتَّقِينَ ﴾ (އެއީ އާޚިރަތުގެ (ނިޢުމަތުގެ) ގޮވައްޗެވެ. އެ ގޮވަތި ތިމަންއިލާހު ލައްވާހުށީ ބިމުގައި ބޮޑާވެގަތުމެއް، އަދި ފަސާދަ ކުރުމެއްވިޔަސް ނޭދޭ މީހުންނަށެވެ. އަދި ހެޔޮނިމުންވަނީ ތަޤުވާ ވެރިންނަށެވެ.) ❝


— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން (ބަސްކޮޅު)

~ ގަލަންދާނު

ـــــــــــــــــــــ
[1] التصنع للخلق (މީސްތަކުންނަށް ކަންދެއްކުން) މީގައި މިވާ التصنُّع (ކަންދެއްކުން) ޢަރަބި ބަަހުގެ ރަދީފު (لسان العرب) ގައިވަނީ: “އެގޮތުގައި ނުވެމެ ހެޔޮލަފާ ކަމަށް ދެއްކުމެވެ. އަދި التصنع ، ކަންދެއްކުމީ: ހެޔޮ ޒާތެއް ދައްކައި އެކަން ފާޅުކޮށް، އޭގެން ޒީނަތްތެރިވެ، އެހެނަސް އެތެރެފުށް ހުތުރުކޮށް އޮތުމެވެ.“ | ދިވެހި ބަހުގެ ރަދީފުގައި ކަންދެއްކުން: އެތެރެފުށުގައި ނެތްކަމެއް ބޭރުފުށުން ފާޅުކުރުން.

Читать полностью…

Galandān ގަލަންދާނު

ވީމާ އެވެރިންނަށް ޝުބުހު ލައިގަނެފައިވާ ކަމުގެ ސަބަބުން، ޢިލްމުވެރިންގެ ތެރެއިން ބައިގަނޑެއް އެވެރިން ތަކްފީރުކުރުމުން މަނައުވެގެންނެވިއެވެ. މިހެންވިޔަސް، އަޝްޢަރީ އަކާއި އަހަރެމެން ބަހުޘް ކުރަނީނަމަ، އަދި ﷲ އެއިލާހުގެ ޚަލްޤުތަކުންގެ މަތީގައި ވޮޑިގެންވާކަމަށް ތިމަން ކަށަވަރު ނުކުރަމޭ، އަދި ޤުރުއާނަކީ މަޚްލޫޤެކޭ، އަދި ﷲ ގެ ކަލާމްފުޅެއް ނުވެޔޭ ބުނެއްޖެނަމަ، އަދި އަހަރެމެން އޭނާގެ މައްޗަށް ޙުއްޖަތް ޤާއިމުކޮށް އަދި އޭނާގެ ފުށުން އެޝުބުހު ފިލުވައިފިނަމަ، އަދި އޭނާއަށް ޝުބުހެއްވެސް އަދި ކުށްޖެހިގެންވާ ތައުވީލެއްވެސް ބާކީ ނޯވެއްޖެ ހިނދު، އޭނާ އޭގެ ސަބަބުން (އެގޮތުގައި ދެމިހުރުމުން) ކާފަރު ވެދެއެވެ.

އެހެނީ، އަހުލުއް ސުންނަތުން، ޢުލުއްވު އަށް އިންކާރު ކުރާ މީހުން ޖުމްލަގޮތެއްގައި ކުފުރުވެފައިވާ ކަމަށް ވިދާޅުވެއެވެ. އަދި އަޝްޢަރީން ޢުލުއްވު އަށް އިންކާރު ކުރެތެވެ. އަދި ޖަހުމީން ބުނާފަދައިން ޤުރުއާނަކީ މަޚްލޫޤެއް ކަމަށް ބުނާ މީހެއް ކުފުރުވެފައިވާ ކަމަށް ވިދާޅުވެތެވެ. އަދި އަޝްޢަރީން މިހެން ބުނެތެވެ.

އަދި އާޙަދް ޚަބަރުތަކަށް އިންކާރު ކުރާ މީހުން ޖުމްލަގޮތެއްގައި ކުފުރުވެފައިވާ ކަމަށް ވިދާޅުވެތެވެ. އަދި އަޝްޢަރީން މިފަދައިން ބުނެތެވެ.

އަދި ﷲ ގެ ޙަޟުރަތުން (އެންމެ) ޞިފަފުޅެއް އިންކާރުކޮށްފި ނުވަތަ ނަފީކޮށްފި މީހެއް ކުފުރުވެފައިވާ ކަމަށް ވިދާޅުވެތެވެ. އެއީ އަޙްމަދު އާއި މާލިކު އަދި ޖަމާޢަތެއް ވިދާޅުވެފައިވާ ފަދައިންނެވެ. އަދި އަޝްޢަރީން ﷲ جل وعلا ޙަޟުރަތުން އެތަކެއް ޞިފަފުޅެއް ނަފީކުރެތެވެ.

އެހެނަސް، އެވެރިންގެ ފުށުގައި، އާޙަދު ޚަބަރުތަކަށް ވީތީ ބަރޯސާވާ ތައުވީލުތައް ވެއެވެ. އަދި މިވެނި ކަމަކުން ލާޒިމުކުރަނީ އަދި ކަނޑައެޅެނީ މިވެނި އެވެނި އެއްޗެކޭ ބުނެ ބަރޯސާވާތަކެތިވެސް މެއެވެ. (މިޘާލަކަށް މިވެނި ޞިފައެއް ޤަބޫލު ކުރުމީ ﷲ މަޚަލޫޤުންނާއި އެއްފަދަ ކުރުމޭ އަދި ވައްތަރުކުރުމޭ ބުނެއެވެ.) ފަހެ މިސަބަބަށްޓަކައި ޢިލްމުވެރިން ކުރެ ޖަމާޢަތެއް — އަދި ކިއެއް؟ — އަހުލުއް ސުންނަތުގެ ގިނަ ބޭކަލުން އެވެރިން ތަކްފީރު ކުރެއްވުމުން ހުއްޓިވަޑައިގަންނަވައެވެ.


~ ގަލަންދާން

__________

⁽¹⁾ ޝައިޚް އަލްޢަލްވާން އާއި ސުވާލުވެވުނެވެ: ލަޢަން (ލައުނަތް) ގެ މުރާދަކީ "ﷲ ގެ ރަޙުމަތުން މީހެއް ބޭރުކޮށްލުން" ކަމަށް ބުނުމަކީ އޭގެ އަޞްލު މާނައިން ތައުވީލު ކުރުމެއްތޯ އެވެ. އަދި މިގޮތަށަ ތައުވީލު ކުރުން ޢަޝަރީންގެ ބުނުމަށް ބާރުދޭތޯ އެވެ.
ޝައިޚް ޖަވާބުގައި ވިދާޅުވީ، ބައެއް ޢިލްމުވެރިން ލަޢަން އޭގެ ޙަޤީޤީ މާނައިގައި (ލަޢުނަތް ދިނުން ގޮތުގައި) ކިޔައިދެއްވިޔަސް، ގިނަ ޢިލްމުވެރިން ކިޔައިދެއްވާފައި ވަނީ ބަޔާންވެވުނު ގޮތަށް ކަމުގައެވެ. މިހެންވިޔަސް ލަޢަން އަކީ "ﷲ ގެ ރަޙުމަތުން މީހެއް ބޭރުކޮށްލުން" ކަމުގަައި ތަޢުރީފު ކުރުމުގައި މައްސަލައެއް ނެތްކަމުގައެވެ. އެހެނީ މިއީ އޭގެ ހަޤީޤީ މާނައިން އަނބުރާލުން (ތައުވީލުކުރުން) ކަމުގައި ނުވާކަމުގައެވެ. އެހެނަސް ލަޢުނަތުގެ އަޘަރު ކިޔައިދިނުން ކަމުގައެވެ.
މިޘާލަކަށް އަޝްޢަރީން ބުނަނީ ﷲ ގެ ކޯފާ އަކީ އެއިލާހުގެ ޢަޛާބު ކަމުގައެވެ. މީގައި މިވަނީ ﷲ ގެ ޞިފަފުޅެއް (ކޯފާ) އޭގެ ޙަޤީޤީ މާނައިން އަނބުރާލެވުފައެވެ. (ނުބައިކޮށް ތައުވީލުކުރެވިފައެވެ.) އެހެނަސް ﷲ ގެ ކޯފާގެ ސަބަބުން މީސްތަކުންގެ މައްޗަށް އެއިލާހުގެ ޢަޛާބާއި މުސީބާތްތައް ޖެއްސެވުން ވާ ކަމުގައި އަހަރެނެންނަށް ބުނެވިދާނެއެވެ.
ހަމަ މިބީދާއިން ﷲ ރަޙްމަތްވެވޮޑިިގެންބެވުމާއި މެދު އަޝްޢަރީން މާނަ އޮޅުވައިލަނީ އެއީ އެއިލާހު ނިޢުމަތް ދެއްވެވުން ކަމުގައެވެ. މިއީ ބިދުޢަވެރި ތައުވީލެކެވެ. އަދިކިއެއްތަ؟ އަހަރެމެން ﷲ ގެ ސިފަފުޅު، އައްރަޙްމާން ކަށަވަރު ކުރަމެވެ. އަދި އަހަރެމެން ބުނަނީ އެއިލާހުގެ ރަޙުމަތުގެ ސަބަބުން އަދި އަޘަރުން މަޚްލޫޤުން ތަކަށް އެއިލާހު ނިޢުމަތް ތަކާއި، ހިތްހަމަޖެހުމާއި އުފާފާގަތިކަމާއި އަދި މިފަދަ ކަންކަން ދެއްވާކަމެވެ.
(ބައްލަވާ: ހުޅުވާލެވިފައިވާ މަޖިލިސް 30/129)

⁽²⁾ އެބަހީ: ﷲ ތަޢާލާ ޤުރުއާން އެއިލާހުގެ ބަސްފުޅުން (އަޑުން) ސީދާ ވަޙީ ނުކުރައްވައޭއެވެ. އަދި އޭގެ އަކުރު ތަކަކީ ޚަލްޤުކުރެވިފައިވާ ތަކެތި ކަމެކެވެ. އަދި އެހެނަސް ﷲ ރަޟުރަތުން ސީދާ އަންނަ އަދި ޚަލްޤުވެވިގެން ނުވާ އެއްޗަކީ އަހަރެމެން މިކިޔަވާ އެއްޗެއް ގެ މާނަ ކަމެވެ.

⁽³⁾ އާޙަދު ޙަދީޘް ތަކޭ ބުނެވެނީ، ޙަދީޘެއްގެ މަގުން އެެއްވެސް ހިސާބެއްގައި އެ ޙަދީޘެއް ރިވާ ކުރެވެނީ އެކެއް ދޭއް ނުވަތަ ތިން ވަރަކަށް މީހުން އެކަނި ކަމަށް ވެއްޖެނަމަ، އެވެރިން ދެކޭ ގޮތުން ޢަޤީދާގެ ކަންކަމުގައި އެފަދަ ޙަދީޘް ބަލައިނުގަނެވުނެވެ.

⁽⁴⁾ މިޘާލަކަށް؛ ޤުރުއާނުގެ ބޭރުފުށަށް ފާޅުވާ މާނަ ބުނުމަކީ ކުފުރުކަމަށް ބުނުން ހިމެނެއެވެ. އެއީ މަޚްލޫޤުންނާއި ﷲ ވައްތަރުކުރުން ކަމަށް ދެކިއެވެ. އަދި އޭގެ ތެރެއިން ގިނަ މީހުން ޖަހުމީން ފަދައިން އީމާނަކީ ހިތުތެރޭގައިވާ އެއްޗެއް އެކަނި ކަމުގައި ބުނެއެވެ.

Читать полностью…

Galandān ގަލަންދާނު

🔴 ދެއްކުންތެރިކަމާއި ހިތްމޮޅުކަމުގެ ފަރަޤު

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ:

❞ ގިނަ ފަހަރަށް (الرِيَاء) ރިޔާއު އާއި (العُجْب) ޢުޖުބް އެކެއްޗެއްގޮތުގައި މީސްތަކުން ހަދައެވެ. ފަހެ ރިޔާއު އަކީ މަޚުލޫޤުންނާއި ގުޅިފައިވާ ޝިރުކުގެ ގޮފިން ވާއެއްޗެކެވެ. އަދި ޢުޖުބް އަކީ ނަފުސާއި ގުޅިފައިވާ ޝިރުކުގެ ގޮފިން ވާއެއްޗެކެވެ — މިއީ ކިބުރުވެރިވާ ޙާލަތެވެ.

އެހެންކަމުން، ރިޔާއު ކުރާ މީހާ {إياك نعبد} (އަހަރެމެން އަޅުކަން ކުރަނީ އިބަ އިލާހަށް އެކަންޏެވެ.) — މިވަޙީ ގެ ޙައްޤު އަދައު ނުކުރެއެވެ. އަދި ޢުޖުބު ވެރިޔާ {وإياك نستعين} (އަހަރެމެން ވާތްގަށް އެދެނީ އިބަ އިލާހަށް އެކަންޏެވެ.) — މިވަޙީ ގެ ޙައްޤު އަދައު ނުކުރެއެވެ. [އެހެނީ، ސިއްރާއި ފާޅުގައިވާ އިންސާނާގެ އެންމެހާ ނިޢުމަތަކީ ހަމައެކަނި ﷲ ގެ ފުށުން އިންސާނާއަށް އިތުރު އެއްވެސް ބައިވެރިޔެއް އަދި އަމިއްލަ މޮޅެއްނެތި ވާ ތަކެއްޗެވެ. ވީމާ އޭގެ ޝުކުރާއި އެއަށް އެދުން ވަނީވެސް ހަމައެކަނި އެއިލާހަށެވެ. ހިދާޔަތާއި އަޅުކަމުގެވެސް ތައުފީޤުދެއްވަނީ ﷲ އެވެ. އަދި ބުއްދިޔާއި އެނޫން އެންމެހާ ނިޢުމަތެއް ވިޔަސް އެވެ. އަމިއްލަ ނަފުސުގެ ބާރެއް މޮޅެއް ނެތިއެވެ.] ވީމާ، އެއިލާހުގެ ވަޙީ {إياك نعبد} ގެ ޙައްޤު އަދައުކޮށްފި މީހެއް، ރިޔާއު އިން މިންޖުވެއެވެ. އަދި {وإياك نستعين} ގެ ޙައްޤު އަދައުކޮށްފި މީހެއް ޢުޖުބް އިން މިންޖުވެއެވެ. އަދި މަޢުރޫފު ޙަދީޘެއްގައި⁽¹⁾ ވެއެވެ: «ثلاث مهلكات: شح مطاع وهوى متبع وإعجاب المرء بنفسه» (ހަލާކުވަނިވި ތިން ކަންތަކީ: އެއަކަށް ކިޔަމަންވެވޭ ދަހިވެތިކަމާއި ، ތަބައުވެވޭ ހަވާނަފުސާއި، އަމިއްލަ ނަފުސުގެ މައްޗަށް އަންނަ އުޖުބުވެރިކަމެވެ. ( އެބަހީ: ހިތްމޮޅުކަމެވެ⁽²⁾. ) ❝


— މަޞްދަރު: "مجموع الفتاوى" ( 10/277).

~ ގަލަންދާނު


ــــــــــــــــــــــ
[1] އޭގެ ސަނަދުގައި ބަލިކަށިކަމެއް ވެއެވެ.
[2] ހިތްމޮޅުކަން: ތިމާއަށް ތިމާ ފެނި ފައި ހުންނަކަން. (ބައްލަވާ: ބަސްފޮތުގެ "ހާ" ގެ ރަދީފް)

Читать полностью…

Galandān ގަލަންދާނު

☁️ [ ﷲގެ ދީނާއިމެދު ބަސްބުނުމުގައި ބިރުވެތިވާށެވެ. ]

❞ އަޞްޙާބު ބޭކަލުން رَضِيَ ٱللَّٰهُ تعالى عَنْهُم (ޙަދީޘް ރިވާ ކުރެއްވުމުގައި) ނުހަނު ރައްކައުތެރިވެލެއްވިއެވެ. އޭގެތެރޭގައި ޢިލްމުގައި އަރައިހުންނެވި ޢަބްދު ﷲ ބުނު މަސްޢޫދު رَضِيَ ٱللَّٰهُ تعالى عَنْهُ ވެސް ހިމެނިލައްވައެވެ.

އެއްފަހަރެއްގައި އެކަލޭގެފާނު ޙަދީޘެއް ރިވާކުރައްވައި ދެން ވިދާޅުވިއެވެ: “ނުވަތަ މިއާއި ގާތްގޮތަކަށް ވާ ޙަދީޘެކެވެ. ނުވަތަ މިފަދަ ގޮތަކަށެވެ.“ ދެން އެކަލޭގެފާނުގެ މޫނުގެ ކުލަ ތަޣައްޔަރުވިއެވެ — رَضِيَ ٱللَّٰهُ تعالى عَنْهُ .

ފަހެ މިކަންތަކީ ނުރައްކައުތެރި ކަމެކެވެ. އެއިލާހުގެ އަދަދެއްނުވާ ރަޙުމަތާއި ދީލަތިވަންތަކަމުން އަހަރެމެންގެ އޮޅުންތަކަށް ދޫދެއްވުމަށް ﷲ ޙަޟުރަތުން އަހަރެމެން އެދި އާދޭސް ދަންނަމެވެ... (މިއަށްފަހު ޝެއިޚް ޢަބްދު ﷲ އައްސަޢްދު ކީރިތިކުރައްވައި އިސްތިޣްފާރު ކުރައްވަމުން ގެންދަވައެވެ).❝

— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު
~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

~ ގަލަންދާން (ބަސްކޮޅު)

Читать полностью…

Galandān ގަލަންދާނު

ޙައްޤު ގޮތުގައި ޘާބިތުވުމީ ނަޞްރެކެވެ.

❞ ނަބިއްޔުންނާއި މެދު ﷲ جل وعلا ވަޙީ ކުރެއްވިއެވެ: ﴿إِنَّا لَنَنصُرُ رُسُلَنَا﴾ (الغافر 51) (ހަމަކަށަވަރުން ތިމަން އިލާހުގެ ރަސޫލުނަށް، ތިމަންއިލާހު ނަޞްރުދެއްވާހުށީމެވެ.) އަދި އަހަރެމެންނަށް އެނގިގެންވާ ގޮތުން ނަބިއްޔުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބޭކަލުން ޤަތުލުވެފައިވެއެވެ. އެއީ ނަބިއްޔު ﷺ ޙަދީޘް ކުރެއްވިފަދައިން: (والنبي وليس معه احد) ”...އަދި (މަޙުޝަރުގައި) ނަބިއްޔަކު ވަޑައިގަންނަވާނެއޭ، އެކަލޭގެފާނާއި އެކު އެކަކުވެސް ނުވާ..“ އަދި ޤުރުއާނާއި ސުންނަތުގައި މިކަމުގެ މައްޗަށް ގިނަގުނަ ދަލީލުވެއެވެ. އެއީ ބަނީ އިސްރާއިލީން އެވެރިންގެ ނަބިއްޔުން ޤަތުލުކޮށް އުޅުނުކަމުގައެވެ. ﴿وَيَقۡتُلُونَ ٱلۡأَنۢبِيَآءَ بِغَيۡرِ حَقٍّۚ﴾ (آل عمران 312) (އަދި އެއްވެސް حقّ އެއްނެތި އެއިރެން نَبي ބޭކަލުން قتل ކުރުމުގެ ސަބަބުންނެވެ.) ﴿وَيَقۡتُلُونَ ٱلنَّبِيِّـۧنَ بِغَيۡرِ ٱلۡحَقِّۗ﴾ (البقرة 61) (އަދި އެއްވެސް حقّ އަކާއި ނުލައި އެއުރެން ނަބީބޭކަލުން މަރާކަމުގެ ސަބަބުންނެވެ.) އަދި މިނޫންވެސް ދަލީލުތަކުން އެއުރެން ނަބިއްޔުން ޤަތުލުކޮށް އުޅުނުކަން ދަލީލުކޮށްދެއެވެ. އަދި ﷲ جل وعلا މިއަށް ނަންގެންނެވީ "ނަޞްރު" ކަމުގައެވެ. ﴿إِنَّا لَنَنصُرُ رُسُلَنَا﴾ މިހެންނެވެ! ❝ #تدبر_آية


— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން ބްނު ނާޞިރަލް ޢަލްވާން (ބަސްކޮޅު)

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

✈️It is a duty (farḍ) for those with the ability to do so, to support the oppressed believer. And whoever has a Muslim humiliated and wronged before him and he does not support him while he is able to, he will be humiliated in a place where he will not find a helper nor an aid.

The more you support the oppressed, the more Allah will support you. The more you help the Muslims, the more Allah will help you. The more you cover the faults of the Muslims, the more Allah will cover you. The more you forgive them, the more He will pardon you.

And as much as you seek an excuse for them, an excuse will be sought for you. As much as you are in service for Allah’s servants, Allah is with you. So be to people as you would like Allah to be to you. The reward is in accordance with the action; if good, then good, and if evil, then evil. ”


— Al-Shaykh Al-Muḥaddith Sulaymān bin Nāṣir Al-ʿAlwan (text)

— Galandān

Читать полностью…

Galandān ގަލަންދާނު

🗣 الاحتساب على الظالمين ومناصرة المعتقلين فريضة، ولا عذر لأحد في التخلف عن ذلك، كلٌ بطريقته وعلى حسب وسعه.

❞ އަނިޔާވެރިންނަށް ފިޔަވަޅުއަޅައި، ހައްޔަރީންނަށް މަދަދުގާރުވުމީ ފަރުޟެކެވެ. މިއިން ރެކިގެން ހުރުމަށް އެއްވެސް ފަރުދެކަށް ޢުޛުރެއް ނުވެއެވެ. ކޮންމެ މީހަކަށްވެސް އޭނާއަށް ވާނޭ ދާއިރާއަކުން އޭނާއަށް ކުޅަދާނަވީ މިންވަރަކުންނެވެ. ❝

— އައްޝެއިޚް ސުލައިމާނު ބުނު ނާޞިރަލް ޢަލްވާން

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

Help from Aden
#حديث_صحيح
❝ In the Musnad of Imām Aḥmad - رحمه الله تعالى - he said: ʿAbd Al-Razzāq informed us, saying that: Al-Mundhir bin Al-Nuʿmān Al-Afṭas informed to us, on the authority of Wahb bin Munabbih, on the authority of Ibn ʿAbbās, on the authority of the Prophet ﷺ , who said:

«يَخْرُجُ مِنْ عَدَن أَبْيَن اثْنَتَا عَشَرَ أَلْفًا يَنْصُرُوْنَ اللهَ وَرَسُوْلَهُ هُمْ خَيْرُ مَنْ بَيْنِي وَبَيْنهُم»

There would come out of Aden-Abyan⁽¹⁾ twelve thousand (strong army) , giving victory to (the religion of) Allah and His Prophet. They are the best of those who are between me and them.”⁽²⁾

This chain of transmission is ṣaḥīḥ to the Messenger of Allah ﷺ. And it's narrators are all from the (narrators marked as) trustworthy. As for Al-Mundhir bin Al-Nuʿmān Al-Afṭas, he was declared trustworthy by Imām Ibn Maʿīn - رحمه الله تعالى - and none had issued a skepticism on him. ❞


~ Al-Shaykh Al-Muḥaddith Sulaymān bin Nāṣir Al-ʿAlwān (text)

— Galandān

------------------
[1] Aden-Abyan is a region in Yemen named after a man called Abyan. Al-Mullā ʿAlī Qārī said, “Abyan is originally the name of a man to whom Aden is attributed. It was also said Aden Abyan is a village near the sea in the direction of Yemen. It was also said that Abyan is another name for the city of Aden in Yemen...”([Sharḥ Mishkāt Al-Maṣābīh 7/2901)
[2] Narrated by Ahmad 1/333 (3079)

Читать полностью…

Galandān ގަލަންދާނު

ހިލޭ އަންހެނެއްގެ ސަމައްތަރު ކިޔައިދިނުމުގެ ޙަރާމް ކަން
#حديث_صحيح

އިބްނު މަސްޢޫދު އަރިހުން އަލްބުޚާރީ އަދި އެނޫން ބޭކަލުން ރިވާކުރެއްވިޔޭ، ރަސޫލު ﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއޭ:

«لا تُبَاشِرُ الْمَرْأَةُ الْمَرْأَةَ فَتَنْعَتَهَا لِزَوْجِهَا كَأَنَّهُ يَنْظُرُ إِلَيْهَا» ⁽¹⁾

(އަންހެނަކު އެހެން އަންހެނެއް އަތްގާތްކޮށް ބަލައި، ދެން އެކަނބުލޭގެއަށް ބަލައި ހަމަލޮލަށް ފެންނަފަދައިން އޭނާގެ ފިރިމީހާއަށް އެކަން ކިޔައި ނުދޭށެވެ.)


📝 ކުރު ޝަރަޙަ

( لا تُبَاشِرُ الْمَرْأَةُ الْمَرْأَةَ )
”އަތްގާތްކޮށް ބެލުމޭ" އޮތް ލަފުޒު (المباشرة) ، ދޭހައަކީ: އަތްލުމެވެ. އަދި އޭގެ އަޞްލަކީ ހަންގަނޑު (البشرة) ހަންގަނޑާއި ޖެހުމެވެ. އަދި البشرة (ހަންގަޑަކީ) އިންސާނާގެ ބޭރުދުއްޔެވެ.

އަދި ހަންގަނޑުގައި އަތްލައިފިނަމަ އޭނާގެ ހަށިގަނޑުގެ ފަތިހަށި ކަމާއި އެނޫން ކަންކަން އެނގެއެވެ. ވީމާ މީގެ މުރާދަ އަކީ ޖުމްލަކޮށް އޭނާގެ ހަށިގަނޑަށް ބެލުމެވެ. އެއީ އެހެން އަންހެނުންނަށް ބެލުން ހުއްދަ އެހެނަސް ހިލޭ ފިރިހެނުން ބެލުން ހުއްދަ ނޫން މިންވަރެވެ.

”އޭނާއާއި މެދު ކިޔައިދިނުމޭ“ އޮތް ( فَتَنْعَتَهَا ) މާނައީ : އެކަނބުލޭގެ ރޫފައިން⁽²⁾ ފެނުނު އެއްޗެއް ޞިފަކޮށްދިނުމެވެ.

”(ފިރިހެން މީހާގެ) ހަމަލޮލަށް އެކަނބުލޭގެ ފެންނަ ފަދައިންނޭ“ އޮތް ( كَأَنَّهُ يَنْظُرُ إِلَيْهَا ) : އެބަހީ، ޞިފަކޮށްދިނުމުގެ ވަޒަން ހަމަ ކަމާއި ގިނަގުނަ ތަފްޞީލެވެ. އެހެންކަމުން އޭނާގެ ހިތް އެކަނބުލޭގެއަށް ޖެހެއެވެ. އަދި އޭގެ ސަބަބުން ފިތުނަޔަށް ވެއްޓިދެއެވެ.

މަރުޖިޢު: فيض القدير (9723)

~ ގަލަންދާނު

ــــــــــــــــــــــــ
[1] ރިވާކުރެއްވީ: އަލްބުޚާރީ (5240) ، (5241) ގައި. އަދި އަޙްމަދު 1/380 (3609)، 1/387 (3668) ، އަދި އަބޫ ދާވޫދު 2150 ، އައްތިރުމިޛީ 2792 ، އަދި އައްނަސާއީ "އަލްކުބްރާ" 9186 ، 9187 ގައި.
[2] ރޫފަ: ހަށިގަނޑުގެ ބުރުސޫރަ، ސަމައްތަރު، ރޫހަ (ދިވެހިބަހުގެ ރަދީފު)

Читать полностью…

Galandān ގަލަންދާނު

— Fasting on ʿĀshūrā
Galandān

Читать полностью…

Galandān ގަލަންދާނު

☁️ السؤال:- هل يجوز أخذ مال من شخص يظن أن كسبه حرام؟
🗒

Читать полностью…

Galandān ގަލަންދާނު

🔗
މުޙައްރަމް 11 ވަނަ ދުވަހު ރޯދަ ހިފުމުގެ މައްޗަށް ވާރިދުވެފައިވާ ރިވާޔަތުގެ ދަރަޖައާއި، އާޝޫރާ ގެ ރޯދަ ހިފުމުގައި އެންމެ މޮޅުއިތުރުގޮތާއިމެދު — އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން ގެ ޚުލާޞާ.

Читать полностью…

Galandān ގަލަންދާނު

📝Hijrī Calendar for the Month of Muḥarram 1446 H. ( Source for full version)

Читать полностью…

Galandān ގަލަންދާނު

📎 އިސްލާމް ކަމާއި އީމާން ކަމާއި އިޙްސާންކަން 1/2
~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

މިޒަމާނުގައި އަލް-އަޝްޢަރިއްޔާ ގެ ޙުކުމަކީ ކޮބައިތޯއެވެ؟

ޖަވާބު:

”އަލް-ޢަޝްޢަރިއްޔާ ބެހެވެނީ ދެބަޔަކަށެވެ:

1. ވަޘަނީ (ﷲ ނޫން އެހެން ފަރާތެއް ނޫނީ އެއްޗަކަށް އަޅުކަން ރައްދުކުރާ) ޤަބުރުގެ އަޝްޢަރީން — ފަހެ މިއީ މުޝްރިކުންނެވެ.

2. ސާފު އަޝްޢަރީން — މިވެރިންގެ ފުށުގައި ބޮޑު ޝިރުކުގެ ބާބުގެ ތެރެއިން އެއްޗެއް ނުވެއެވެ. ފަހެ މިވެރިންގެ ޙުކުމަކީ މިވެރިންނަށް ވުރެ އިހުގެ އަޝްޢަރީން ގެ ޙުކުމެވެ.


އިހުގެ އަޝްޢަރީން ތައް ބެހެވެނީ ދެބަޔަކަށެވެ:

ހ. ފުރަތަމަ އަޝްޢަރިއްޔާ: ފަހެ މިއުރެންނީ ކިލާބިއްޔާ އެވެ. އެއީ ބިދުޢައިގެ ބައިގަނޑެކެވެ. އަދި އެއުރެން ތަކްފީރެއް ނުކުރެވެއެވެ.

ށ. ދެވަނަ އަޝްޢަރިއްޔާ: މި ވެރިންނާއި މެދު ، ޖުމްހޫރު ޢިލްމުވެރިން ކަނޑައަޅުއްވަނީ ތައުވީލުގެ (ޢުޛުރުދެވި) އެވެރިން ތަކްފީރު ނުކުރެވޭ ކަމުގައެވެ. އަދި ޢިލްމުވެރިންގެ ތެރެއިން މަދު ބަޔަކު އެވެރިން ކުފުރު ކުރެއްވިއެވެ. އޭގެ ތެރޭގައި އިބްނު ޙަޒަމް އާއި އިބްނުލް ޖަޥްޒީ އާއި އަލްދުޝްތީ އަދި ބައެއް ޙަންބަލީންނެވެ.

އަދި ރާޖިޙު ގޮތަކީ، ޒަމާނާއި މަކާނު (ތަނުގެ) މައްޗަށް ބިނާވެ އެކަން ބަދަލުވާކަމެވެ:

ފަހެ އެޒަމާނަކީ ސުންނަތް ފެތުރި ފާޅުވެފައިވާ ޒަމާނެއް ނަމަ، ނުވަތަ އެތަނަކީ ސުންނަތް ފާޅުވެގެންވާ ތަނެއް ނަމަ — އެއީ އިމާމް މާލިކު އާއި އަޙްމަދު އަދި އައްޝާފިޢީ ގެ ޒަމާނު ފަދަ ޒަމާނެއްގައި ނަމަ — ދެން އަޝްޢަރީ (ފިކުރު) ޚިޔާރުކޮށްފިނަމަ އެފަދަ މީހަކީ ކާފަރެކެވެ.

އަދި އެޒަމާނަކީ ޖާހިލުކަން ގަދަ ބިދުޢަ ފެތުރި ސުންނަތް ފަނޑުވެފައިވާ ޒަމާނެއް ނަމަ — އެއީ އިބްނު ތައިމިއްޔާ އަދި މުޙައްމަދު ބުނު ޢަބްދުލް ވައްހާބު ގެ ޒަމާން ފަދައިން ނަމަ — ޝުބުހަ ކަނޑުވާލެވެން ދެން އަދި އޭނާ (ނައްޞުގެ މައްޗަށް) ބޮޑާކަމުގައި ދެކޮޅު ހަދައިފުމަށް ދާންދެން، ތަކްފީރެއް ނުވެއެވެ. والله أعلم .

ނޯޓް: އަޝްޢަރީންނާއި އެއްބަސްވާ އެހެނަސް ޖުމްލަގޮތެއްގައި އަހުލުއް ސުންނަތުގެ ތެރޭގައިވާ ބައިގަނޑެއް މީގެ ތެރޭން އެބަވެއެވެ. އަދި އެބޭކަލުންގެ ޙާލަތަކީ އަޝްޢަރީންނާއި އެއް ފަދައިން ނަޤްލު (ޤުރުއާން އާާއި ސުންނަތުގެ) މައްޗަށް ބުއްދި އިސްކުރާ ފަދަ ޙާލަތެއް ނޫނެވެ. އަދިކިއެއްތަ؟ އެބޭކަލުންގެ ގެ ޙާލަތަކީ ޤުރުއާނާއި ސުންނަތް އިސް ކުރެއްވުމެވެ. އަދި ބުއްދި އިސްކުރުމަށް ދެކޮޅު ހެއްދެވުނެވެ. މީގެ މިޘާލަކީ، އަލްބައިހަޤީ އާއި އިބްނު ފޫރަކް އަދި އެފަދަ ބޭކަލުންނެވެ. ފަހެ މިބޭކަލުން އެވެއްޓިވަޑައިގަތް ކަންކަމަށް ބުނެވެނީ "އޮޅުން އެރުން" ތައް ކަމުގައެވެ. ވީމާ އެބޭކަލުން ބާޠިލުގައިވީ އެއްޗެއް ރައްދުކުރެވޭހިނދު، އެބޭކަލުންގެ ދަރަޖަ ރައްކައުތެރި ކުރެވި އެބޭކަލުންގެ ޢިލްމުން ފައިދާނެގެވެއެވެ.“ — ޝައިޚްގެ ޖަވާބު ނިމުނީ


— އައްޝައިޚް ޢަލީ ބުނު ޚުޟައިރް، އަލްޚުޟައިރް ⁽¹⁾

~ ގަލަންދާން


___________
⁽¹⁾ މިއީ އައްސަލަފިއްޔޫން ފޯރަމްސް ގައި ޝައިޚް އާއި ކުރެވުނު ސުވާލެއްގެ ޖަވާބެވެ. (މަޞްދަރުގެ ނަކަލް)

Читать полностью…

Galandān ގަލަންދާނު

📌 ”ޢަޝްޢަރީން ގެ ޙުކުމަކީ ކޮބައިތޯ އެވެ؟“

— ޝައިޚް ސުލައިމާނު ބުނު ނާޞިރަލް ޢަލްވާން

”...ދެން އޮތީ މިނޫން ކަމެއްގެ މައްޗަށް އޮތް ވާހަކައެކެވެ. އެއީ އަޝްޢަރީން، ﷲ ޙަޟުރަތުން ކަލާމް ފުޅު ގެ ސިފަ ނަފީ ކުރާ ހިނދު، އަދި ﷲ ޙަޟުރަތުން ކޯފާ ގެ ސިފަ⁽¹⁾ ނަފީ ކުރާހިނދު، އަދި ﷲ ޙަޟުރަތުން ރުއްސަވާވޮޑިގަތުމުގެ ގެ ސިފަ ނަފީ ކުރާހިނދު، އަދި ﷲ ޙަޟުރަތުން ލޯބިވެވޮޑިގެންނެވުމު ގެ ސިފަ ނަފީ ކުރާހިނދު، ފަހެ އަހުލުއް ސުންނަތި ވަލްޖަމާޢަތުން އެވެރިން ތަކްފީރު ނުކުރަނީ ކީއްވެބާއޭ އެވެ؟ އަދި ޤުރުއާނަކީ ﷲ ގެ ކަލާމް ފުޅުން ޚިކާޔަތެއް⁽²⁾ ކަމަށް އެއުރެން ބުނެއެވެ. މިއީ އެހެންކަމުގައިވަނީ ނަމަ ޤުރުއާނަކީ މަޚްލޫޤެކޭ ހެއްޔެވެ؟


މީގެ ޖަވާބަކީ: އަލް-އަޝްޢަރީން ގެ ކުފުރާއި މެދު އަހުލުއް ސުންނަތް ޚިލާފުވެގެން ވާކަމެވެ. މިއީ އަހުލުއް ސުންނަތުން އަޝްޢަރީން ކާފަރު ނުކުރާކަމަށް ބުނާ ފަހުގެ މީހުންގެ ބުނުމާއި ޚިލާފަށެވެ. މިގޮތަށް ނަޤުލު ކޮށްފައިވާ ބުނުމަކީ ކުށެކެވެ. ތެދެކެވެ. އަހުލުއް ސުންނަތް ވަލްޖަމާޢަތުގެ ގިނަ ބޭކަލުން އަޝްޢަރީން ތަކްފީރު ނުކުރެއެވެ. އެހެނަސް ވަކި ކަންތައްތަކަކާއި ވިދިގެން އަޝްޢަރީން ތަކްފީރު ކުރެއްވި ބައިގަނޑެއްވެއެވެ.

(1) ފުރަތަމަ ކަމަކަށް: އެއިލާހުގެ ޚަލްޤުތަކުންގެ މަތީގައި ﷲ ވޮޑިގެންވުން (ޢުލުއްވު) އެވެރިން ޘާބިތު ނުކުރެއެވެ. އަދި މިއީ ކުފުރެވެ. އެހެނީ ނަޤުލު އާއި ޢަޤުލުން (އެބަހީ: ވާރިދުވެފައިވާ ތަކެތީންނާއި ބުއްދީން) މިކަން ޘާބިތުވެގެން ވެއެވެ. އަދި މިކަމަށްވާ ދަލީލުތައް ދެބަސްވުމެއްނެތެވެ.

ޚަލްޤުތަކުންގެ މަތީގައި ﷲ ވޮޑިގެންވުން އިންކާރު ކޮށްފި މީހެއްގެ ކުފުރު އާއިމެދު ހުރި ޢިލްމުވެރިންގެ ބަސްތައް އިބްނުލް ޤައްޔިމް ގެންނަވަމުން، އައްނުޢްމާން (އަބޫ ޙަނީފާ) އަދި ޖަމާޢަތެއްގެ ބަސް ގެންނަވަމުން ވިދާޅުވިއެވެ:

وكذلك النعمان قال وبعده
އަދި އެފަދައިން އައްނުޢުމާން ވިދާޅުވިޔޭ އަދި އެއަށްފަހު
يعقوب والألفاظ للنعمان
ޔަޢުޤޫބުވެސް (މިފަދައިން) މިތާގައި މިގެންނަނީ އައްނުޢުމާނުގެ ލަފުޒޭ

من لم يقرَّ بعرشه سبحانه
އެއިލާހު سبحانه ގެ ޢަރުޝި ކަނޑަނާޅައިފި މީހާ
فـوق السماء وفوق كل مكان
އެވަނީ އުޑުތަކާއި އެންމެހާ މަކާނެއްގެ މަތީގައި ކަން

ويقرَّ بأن الله فوق العرش لا
އަދި ﷲ ވޮޑިގެންވަނީ ޢަރުޝީގެ މަތީގައިކަން، ނުވެޔޭ
تخفى عليه هواجس الأذهان
މިކަން ފޮރުވިގެން އެެއްވެސް ބުއްދިއެއްގެ ޙިޔާލަކަށް

فهو الذي لا شك في تكفيره
ފަހެ އެއީ އެމީހެެއްގެ ތަކްފީރާއިމެދު ޝައްކު ނެތް މީހެކޭ
لله درك من إمام زمان
ﷲ ހެޔޮ ފޯއްދަވައިދެއްވަތެވެ! (އާޝޯޚެވެ.) އެބޭކަލެއްގެ ޒަމާނުގެ އިމާމެވެ. (އަބޫ ޙަނީފާއެވެ!)

(2) އަދި އެވެރިން (ޢަޤީދާގެ ކަންކަމުގައި) އާޙަދު ޚަބަރުތަކަށް އިންކާރު ކުރެއެވެ.⁽³⁾ އަދި މިއީ ޖުމްލަގޮތެއްގައި ކުފުރެކެވެ.


(3) އަދި އެއިލާހުގެ އެތައް އިސްމުފުޅުތަކާއި ޞިފަފުޅުތަކަކުން އެވެރިން ނުކިއްސަރުވެގަނެފައި ވެއެވެ.

(4) އަދި ޤުރުއާނައި މެދު އެއީ މަޚްލޫޤެއް ކަމަށް އެއުރެން ބުނެއެވެ. (ﷲ ގެ ކަލާމު ފުޅެއް ނޫނޭ އެހެނަސް ޚަލްޤު ކުރެވިފައިވާ އެއްޗެއްކަމަށް ދެކުން)

(5) އަދި ﷲ ގެ ކަލާމް ފުޅުގެ ޞިފަ ކަށަވަރު ނުކުރެއެވެ.

އަދި މިނޫންވެސް ކަންކަން މިވެރިން އެކަމަކުން ކުފުރުކުރުމަށް އެބޭކަލުން ދައްކަވަތެވެ.⁽⁴⁾


މިވެރިންނަށް ތަކްފީރު ނުކުރައްވާ ބޭކަލުން ވިދާޅުވަނީ: އެވެރިންގެ ފުށުގައި ޝުބުހު ތަކެއް (އޮޅުންބޮޅުން ތަކެއް) އެހެން މީހުންނަށް ވުރެ ވަރުގަދަޔަށް ހުރުމާއި ތައުވީލުގެ ސަބަބުން، އެވެރިން ތަކްފީރު ކުރުން ނުވެޔޭ އެހެނަސް އެވެރިންނާއި (ޝަރުޢީގޮތުން) ބަހުޘް ކޮށް، އެވެރިން މައްޗަށް ޙުއްޖަތް ޤާއިމުކޮށް އަދި (ޙައްޤު) ބަޔާންކޮށްދިނުމަށް ފަހުގައި މެނުވީ ކަމެވެ.

ދެންފަހެ މީހަކު އަހާނަމަ: ޖުމްލަގޮތެއްގައި ވިޔަސް އަދި މުޢައްޔަން ކޮށް ވިޔަސް އަހަރެމެން އެވެރިންނަށް ތަކްފީރު ކުރުން ޙުއްޖަތް ޤާއިމު ކުރުމަށް ފަހުގައި މެނުވީ ނާންނަނީ ކީއްވެތޯއޭ؟

އަހަރެމެން ބުނަމެވެ: އެއީ އެވެރިންވަނީ ތަފާތު އެކި ހަރުފަތް ތަކެއްގައި ކަމުންނެވެ.

- ބައެއް އަޝްޢަރީން ޚަލްޤުތަކުންގެ މައްޗަށް ﷲ ގެ ޢުލުއްވު އިންކާރު ކުރާއިރު، އަޝްޢަރީން ގެ ތެރެއިން ބައިގަނޑުތަކެއް ޚަލްޤުތަކުންގެ މައްޗަށް ﷲ ގެ ޢުލުއްވު ކަށަވަރުކުރެތެވެ.

- އަދި އޭގެ ތެރޭގައި ބައެއް ބައިގަނޑުތައް، ޢުލުއްވު އަށް ޞަރީޙަކޮށް އިންކާރެއް ނުކުރެތެވެ. އެހެންކަމުން އެއުރެން ބުނެތެވެ: "އަހަރެމެން ޖުމްލަގޮތެއްގައި ޢުލުއްވު ކަށަވަރުކުރަމެވެ." ދެން ތަފްވީޟް ކުރެއެވެ. (އެއީ: "ޢުލުއްވު" އަކަށް މާނައެއް ނުއޮންނަ ކަމަށް ދައުވާ ކުރުމެވެ. މިކަލިމައިގެ ޙަޤީޤަތް، "މަތީގައި ވުން" — މި ޙަޤީޤަތުން އެކަލިމަ ސިފަ ކުރުމަށް އިންކާރުކުރުމެވެ.)

=

Читать полностью…

Galandān ގަލަންދާނު

ރުޅިއަންނަހިނދުގައި މެނުވީ، ޙިލްމުވެރި މީހެއް ⁽¹⁾ ދެނެގަނެވުން ނުވެއެވެ.

އަލްބައިޙަޤީ ރިވާކުރެއްވިއެވެ: އަބޫ ޢުޘްމާން އަލްޙީރީ އައްނީސާބޫރީ (298 ހ) ވިދާޅުވިއެވެ:

❞ އެބައިމީހުންގެ ހަވާނަފުސާއި ޚިލާފުނުވާހާހިނދަކު، މީސްތަކުންވަނީ އަޚުލާޤުގެ މަތީގައެވެ. ފަހެ އެވެރިންގެ ހަވާނަފުސާއި ކަމެއް އިދިކޮޅުވާހިނދު، އޭގެތެރެއިން ހެޔޮ އަޚުލާޤުގެ ވެރީންނާއި ބަދު އަޚުލާޤުގެ ވެރީން ފަރަޤުވެދެއެވެ. ❝

— ޝުޢަބުލް އީމާން (8161)
~ ގަލަންދާނު

ـــــــــــــــــــــــــــ
[1] ޙިލްމު: "ރުޅިމަޑުކަމާއި ކެތްތެރިކަން" (ދިވެހިބަހުގެ ރަދީފު) . ޙިލްމުވެރި މީހަކީ: ރުޅިއަންނަހިނދުގައިވެސް ހަމަބުއްދިން ކެތްތެރިކަމާއި އެކު ބަސްބުނެ ޢަމަލު ކުރާ މީހާއެވެ.

Читать полностью…

Galandān ގަލަންދާނު

🔵❝ Rejoicing the demise of the enemies of Islam, the people of bid'ah, and those who openly declare immorality: is a legitimate matter, and it is one of Allah's blessings upon His servants and upon trees and animals. In fact, the people of Sunnah rejoice in the affliction of illness and imprisonment of those people and the misfortunes that befall them. ❞

— Islamqa (154727)
~ Galandān

Читать полностью…

Galandān ގަލަންދާނު

💎 ހުރިހާ މަގުފުރެދިފައިވާ މީހުންނަށް ތެދު ކައުނިއްޔަ ޤަވާޢިދެއް — ދެއުޅިއެއްނުވުން

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ:

❞ އަދި މަގުފުރެދިފައިވާ އެންމެހާ މީސްތަކުންގެ ވެސް ބަސްމަގު، ދެ އިދިކޮޅު އެއްކުރުން ލާޒިމު ކުރެއެވެ. ނުވަތަ ދެ އިދިކޮޅު އެކުއެކީ ދޫކުރުން ލާޒިމު ކުރެ އެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް އެވެރިންގެ އެ ދަޢުވާ ގެ ސަބަބުން މި ލާޒިމުވާ ކަންތައް އެނގޭ މީހުންވެއެވެ. އަދި އޭގައި (ގޮތްދޫނުކޮށް) ހިފަހައްޓައެވެ. އަދި އޭގެތެރޭން އެކަން ނުދަނެ ތިބޭ މީހުންވެސް ވެއެވެ.

އެއްފަހަރާ އެއް ނުވާނޭ އަދި ނެތިނުދާނޭ ކޮންމެ ކަމަކީ ދެ އިދިކޮޅެވެ. ވުޖޫދުގައި އެއްޗެއް އޮތުން ނުވަތަ ނެތުމުން މިކަން ސާފުވެގެންވެއެވެ.❝

شرح العقيدة الأصفهانية (ص531).


~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

❤️ Brotherhood of the Companions and Their Gratitude for Each Other

❝ The evidence for the brotherhood of the Companions, for the sake of Allah, is abundant and the examples are plentiful, the Almighty said:

﴿ وَيُؤۡثِرُونَ عَلَىٰٓ أَنفُسِهِمۡ وَلَوۡ كَانَ بِهِمۡ خَصَاصَةٌۚ ﴾
(They give ˹the emigrants˺ preference over themselves even though they may be in need.) [59:9]

Al-Ḥassan Al-Baṣrī, رحمه الله تعالى, said: “One of them used to tear his loincloth for his brother, equally sharing between them.”

Aḥmad recorded⁽¹⁾ in his "Musnad" on the authority of Anas bin Mālik رضي الله عنه , who said:

"The Muhājirīn said, “O Allah's Messenger! We have never met people like those whom we emigrated to; comforting us in times of scarcity and giving us with a good heart in times of abundance. They have sufficed for us and shared their wealth with us so much so, that we feared that they might earn the whole reward instead of us.”

He replied,
«لَا، مَا أَثْنَيْتُمْ عَلَيْهِمْ وَدَعَوْتُمُ اللهَ لَهُم»
«No, as long as you praise them (i.e. showing gratitude) and supplicate to Allah for them.»"

And its narrators are (from the) trustworthy. ❞
#حديث_صحيح


—Al-Shaykh Al-Muḥaddith Sulaymān bin Nāṣir Al-ʿAlwan (text)

~ Galandān

----------------------
[1] See Musnad Aḥmad 3/200 (13106), and 3/204 (13153). Also Al-Tirmidhī 2487. A similar narration is recorded Al-Bukhārī in his "Al-Adab Al-Mufrad" 217, and Abū Dāwūd in his "Sunan" (4812). And Al-Nasāʾī in “ʿAmal Al-Yawm Wa Al-Layla” 181.

Note: His ﷺ 's statement:
• “No”, means: Do not be afraid of missing out on the reward (ajr) and attaining goodness and merit (thawāb).
• “and supplicate to Allah for them”, meaning: this is on the condition that you continue to pray for them to be rewarded with good, prosperity and blessings.
• “you praise them”, meaning: to thank them for their actions towards you.

Amongst the benefits of this ḥadīth is: Encouragement to pray for goodness (khayr) and blessings (barakah), and to praise (thanāʾ) and give thanks (shukr) to those who are kind and charitable. (refer)

Читать полностью…

Galandān ގަލަންދާނު

✈️އަނިޔާވެރިވެވިފައިވާ މުއުމިނުންނަށް މަދަދުވެރި ވުމީ ކުޅަދާނަކަން ލިބިގެންވާ މިހާއަށް ފަރުޟެކެވެ. އެމީހެއްގެ ކުރިމަތީގައި މުސްލިމެއް ނިކަމެތި ކުރެވިއްޖެނަމަ، ނޫނީ އަނިޔާވެރިވެވިއްޖެ ނަމަ، އޭނާއަށް ނަޞުރުވެރި ވުމުގެ ކުޅަދާނަކަން ހުރެމެ، އޭނާއަށް ނަޞްރުވެރި ނުވެއްޖެނަމަ، ނަޞްރުވެރި އަދި އެހީތެރިޔެއް ނުވާ ޙާލެއްގައި އޭނާ ޚުދު ނިކަމެތި ކުރެވޭހުއްޓެވެ.

އަނިޔާލިބިގެންވާ މީހުންނަށް ނަޞްރުވެރިވާ މިންވަރަކުން ﷲ ތިބާއަށް ނަޞްރުވެރިވެ ވޮޑިގަންނަވާނެތެވެ. އަދި މުސްލިމުތަކުންނަށް ތިބާ މަދަދުވެރިވާ މިންވަރަކުން ﷲ ތިބާއަށް މަދަދުވެރިވެވޮޑިގަންނަވާނެތެވެ.

މުސްލިމުތަކުންގެ ޢައިބުތައް ތިބާ ފަރުދާކޮށްދޭ މިންވަރަކުން ﷲ ތިބާގެ ޢައިބުތަކުގެ މައްޗަށް ފަރުދާލައްވަވާނެތެވެ. އަދި އެއުރެންނަށް ތިބާ ޢަފޫ ކުރާ މިންވަރަކުން ތިބާއަށް ޢަފޫޢުވެވޮޑޮގަންނަވާނެތެވެ. އަދި އެވެރިންގެ ކުށްތަކަށް ޢުޛުރުތައް ލައިދޭ މިންވަރަކުން ތިބާއަށް ޢުޛުރުލައްވަވާނެތެވެ. އަދި ތިބާ ﷲގެ އަޅުތަކުންނަށްޓަކައި ވާ މިންވަރަކުން ﷲ ތިބާއަށްޓަކައި ވޮޑިގެންވާނެތެވެ.

ވީމާ ތިބާ އާއިއެކު ﷲ ވޮޑިގެންވާން އެދޭބީދާއިން މީސްތަކުންނާއި އެކު ތިބާ މުޢާމަލާތްކުރާށެވެ. ދަންނައެ، ޖަޒާއު ދެވުން ވަނީ ޢަމަލުގެ ޙައިސިއްޔަތުންނެވެ: ހެވަށް ހެޔޮ ޖަޒާއެވެ. ނުބަޔަށް ނުބައެވެ. ❝

~ އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން ބްނު ނާޞިރަލް ޢަލްވާން (ބަސްކޮޅު)

— ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

❝ The statement from the isrāilic narration which says, Allah says:

: (إنَّ من عبادي من لا يصلح إيمانه إلَّا الفقر ولو أغنيته لأفسده ذلك، وإنَّ من عبادي من لا يصلح إيمانه إلا الغنى، ولو أفقرته لأفسده ذلك)

“Verily from my servants are those whose faith is not amended except by poverty, and if I make him rich, it would have made his faith spoiled. And verily from my servants are those whose faith is not amended except by wealth, and if I make him poor, it would have made his faith spoiled.”

This was narrated by Al-Ḥakīm Al-Tirmidhī in “Al-Nawādir”⁽¹⁾ It is ḍaʿīf (a weak narration.) Nevertheless its meaning is correct.
#حديث_ضعيف

—Al-Shaykh Al-Muḥaddith Sulaymān bin Nāṣir Al-ʿAlwān (text)

~ Galandān


-----------------
[1] “Nawādīr Al-Uṣūl” (2/232). See also: Ibn Abī Al-Dunyā in "Al-Awliyā’ (1), and by Abū Nuʿaym in “Ḥilyat Al-Awliyā’ (8/318) and also by Al-Ṭabarānī in “Al-Muʿjam Al-Awsat” (609) Ibn Rajab after quoting this narration in Al-Jāmiʿ stated: “Al-Khushanī and Sadaqah (who are amongst its chain of transmission) are weak, and Hishām is not known. Ibn Maʿin was asked about this Hishām: Who is he? He replied: “No one.” meaning: He is not considered.”

Читать полностью…

Galandān ގަލަންދާނު


(މަދަރުސާތަކުގައި #الاختلاط ޙަރާމް ވުމުގެ ދަލީލުތަކުގެ ތެރޭން)

❞ ހިލޭ ފިރިހެނެއްގެ ޙާޟިރުގައި އެހެން އަންހެނެއް ޞިފަކޮށް ދިނުމީ (ޝަރީޢަތުގައި) ނާޖާއިޒުކަމެއް ނަމަ، ފަހެ ދަރަޖައިގެ ހަމަޔަށް ބަލާއިރު، ހިލޭ އަންހެނުންނާއި ފިރިހެނުން މަސްހުނިވުންވެސް ނާޖާއިޒެވެ. އެހެނީ މިޙާލަތުގައި އެއަންހެނުން ޞިފަކުރާންވެސް ނުޖެހެއެވެ. އެވެރިންނާއި މަސްހުނިވެ ތިބުމުންނެވެ. އަދި ފެންނަ ނަޒަރުގައި އެވެރިން ތިބީތީއެވެ. މިކަމަކީ ޞިފަކޮށްދީ ކިޔައި- ދިނުމަށްވުރެ ބޮޑު ދަރަޖައެކެވެ. ވީމާ މިދެކަމުންކުރެ ޙަރާމް ވުން އަޥްލާކަން ބޮޑީ ކޮންކަމެއްގައި ހެއްޔެވެ؟ ❝

— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު
~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

(މަދަރުސާތަކުގައި #الاختلاط ޙަރާމް ވުމުގެ ދަލީލުތަކުގެ ތެރޭން)

❞ އަންހެނުން މިސްކިތު ޖަމާޢަތަށް ޙާޟިރުވުމާއިމެދު، ޢިލްމުވެރިން ޚިލާފުވެލެއްވިއެވެ. (ހުއްދައީ) ހަމައެކަނި ރޭގަނޑުގެ ނަމާދަށް ތޯއެވެ؟ އެހެނީ ރޭގަނޑުގައި އެވެރިންނަށް ނިވާކަން ބޮޑުވުމުންނެވެ. ނޫނީ އޭގައި ދުވާލުގެ ނަމާދުވެސް ހިމެނޭތޯއޭ އެވެ؟ އެހެނީ ރޭގަނޑުގެ ނަމާދު އެވެރިންނަށް ހުއްދަނަމަ، އަޅައިކިޔާ ހަމައިން މިނެކިރާއިރު، ދުވާލުގެ ނަމާދުތައް ހުއްދަވުން މާ އަޥްލާވެގެން ވާތީއެވެ. ވީމާ މިކަންތަކުގައި ޢިލްމުވެރިން މެދުގައި ޚިލާފުވިއެވެ.

މިއާއި، އަހަރެމެން މިވާހަކަ ދައްކާ މަޥްޟޫޢު އާއި އަޅައިކިޔާއިރު ފަހެ ކޮބައިހެއްޔެވެ؟ އެއީ ޒުވާން ފިރިހެން ކުދިންނާއި އަންހެން ކުދިން ކިޔަވާ ކިލާސްތަކުގައި، އެއްބަޔަކު އަނެއްބަޔަކާއި މަސްހުނިވާގޮތުގައި، އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބޭގޮތުގައި، އަދި އެކަކުއަނެކަކާއި ވާހަކަދައްކާ ގޮތުގައި ތިބޭ ތިބުމެވެ. މިކަންތަކަކީ އިސްލާމް ދީން އެއެއް ނުދަންނަ ކަމެކެވެ. ❝

— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު
~ ގަލަންދާނު

Читать полностью…
Subscribe to a channel