qalandhar | Unsorted

Telegram-канал qalandhar - Galandān ގަލަންދާނު

1843

ޢިލްމު އަދި އެއަށް ލޯބިކުރާ ދަރިވަރުންނަށް Notes by, ibn Fahmī Dīdī عفا الله عنه Friends & family

Subscribe to a channel

Galandān ގަލަންދާނު

أشكو الى الله الكروب
ދަންނަވަމޭ ﷲ އަށް، އަހަރެންގެ ހިތާމަތަކުގެ ޝަކުވާ
وأدمعي حارة سكوب
އަދި އަހަރެންގެ ކަރުނަތައް ހިފެހެއްޓުމެއްނެތި ފައިބަޔޭ

وألوذ بالصبر الجميل
ރިވެތިވެގެންވާ ކެތްތެރިވުމަށް އަހަރެން އެނބުރެމޭ
وحكمة الدهر الدؤوب
އަދި ބަދަލުވުމެއްނުވާ ޙަޔާތުން ހޯދުނު ޙިކުމަތަށްވެސް

وأسلم الصعب الجموح
އަދި ބުރަތަކާއި ދަތިތަށް އަހަރެން ދޫކޮށްފީމޭ
إلى معالجة الغيوب
ޣައިބުގެ ފޮރުވުންތަކުން ފަރުވާދެއްވާ ފަރާތަށް

ثقة وايمانًا بمن
ފުރިހަމަ އިތުބާރާއި އީމާން ދެމޭ އެފަރާތަށް
رحماته تحيي القلوب
އެއީ އެއިލާހެއްގެ ރަޙުމަތުން ހިތްތަކަށް ދިރުންގެނުވާ އިލާހޭ

واذا تجلى سره
އެއިލާހުގެ ސިއްރު ލިބިއްޖެނަމަ ⁽¹⁾
في عبده ملك الدروب
އެމަގުތަކަށް މަގުދައްކަވާ މަލިކުގެ އަޅާއަށް

سد الطريق على الزمان
ޒަމާން ދަތުރުކުރާ މަގަށް ހުރަސް އަޅުއްވައި
وقام في وجه الخطوب
އުދަގޫތަކުގެ މައްޗަށް އެއިލާހު ވެރިވެވޮޑިގަންނަވައޭ


~ މަޑުޖެހިފައިވާ މީހެއްގެ އާހު..


ــــــــــ
(1) ﷲ ގެ ޤަދަރަށް ފުރިހަމަޔަށް އީމާންވެ ރުހިއްޖެ މީހާ

Читать полностью…

Galandān ގަލަންދާނު

ސުންނަތްވެގެންވާ ޟުޙާ ނަމާދާއި މެދު، އައްޝައިޚް އަލްޢަލްވާން އާއި ސުވާލުވެވުނެވެ: (އަދާ ނުކުރެވި ވަނިކޮށް އޭގެ ވަޤުތު) ގެއްލިއްޖެ ނަމަ، ޤަޟާ ކުރުން ވޭހެއްޔެވެ؟" ވިދާޅުވިއެވެ:

❞ އެ ޤަޟާ ކުރުމެއް ނުވެއެވެ. އެހެނީ އެއީ ރަވާތިބު ސުންނަތް ތަކުގެ ތެރެއިން ހިމެނޭ އެއްޗެއް ނޫނެވެ. ❝

އަލްޢަލްވާން

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

Allah's statement,
وَلَا تَمُوتُنَّ إِلاَّ وَأَنتُم مُّسْلِمُونَ
and die not except as (true) Muslims.

❝ It means, preserve your Islam while you are healthy and safe, so that you die as a Muslim.

Due to His generosity, the Most Generous (Allah) has established a general rule: that whatever state one lives in, is what he dies upon, and whoever dies upon something is what he is resurrected upon. We seek refuge in Allah for a variance in this. (To die in opposition to islam, after living a life upon it.) ❞

— ibn Kathīr رَحِمَهُ ٱللَّٰهُ (📚Tafsīr 2/78)
~ Galandān #تدبر_آية

Читать полностью…

Galandān ގަލަންދާނު

#akhlaag
#ilmeebusthaan

/channel/ilmeebusthaanu

https://www.facebook.com/profile.php?id=61562573894618...

Читать полностью…

Galandān ގަލަންދާނު

📝 ”ޖަލަށްލެވި އިމްތިހާނު ކުރެވިއްޖެ އައު މުސްލިމަކަށްވާ ނަޞޭޙަތެއް“ — ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

1⃣އިޞްލާޙަށް މަސައްކަތް ކުރާ ބައެއް މީހުން، އަނެކުން ވައްޓާލުމުގައި މޮޅެވެ. އެހެނަސް އޭގެ ބަދަލު ދައްކުވައި ދިނުމުގައި ނުކުޅެދިގެން ވެއެވެ. ނުބަޔާއި އެއްވެފައިވާ ހެޔޮ އެވެރިން މުގުރާލައެވެ. އެއީ އެވެރިންގެ ޢަދުއްވުން އެހުސްޖާގައިގައި ޞަރީހަ ނުބައި ބިނާކުރުމަށް ދޫކޮށްލަމުންނެވެ. ފަހެ މިބައިމީހުން ރޭކާވެސް ނުލައި ކުރަނީ ފަސާދައެވެ.

2⃣އިޞްލާޙަށް މަސައްކަތް ކުރާ ބައެއް މީހުން ހަމައެކަނި ވިސްނުން ބަހައްޓަނީ ނުބަޔެއް ފޮހެލާށެވެ. އަދި އެނުބައިގެ ބަދަލުގައި އެމަޤާމަށް ވެރިވާނޭ އެއްޗަކާއިމެދު ބުއްދިނުހިންގައެވެ. ދެން އަންނަ އެއްޗަކީ މިހާރު ހުރި އެއްޗަކަށްވުރެ ނުބައިކަން ބޮޑު އެއްޗެއް ނަމަ، ފަހެ އެ ޢަމަލަކީ "އިޞްލާޙު" ގެ ޞިފައިގައިވާ ފަސާދައެކެވެ.

3⃣މުސްލިމުންނަށް ވަނީ ނުކުޅެދުމެއް އެކުލެވޭ ހެޔޮ މުގުރާލާ މީހުން ގެ ފުށުން ބަލާވެރިކަން ޖެހިފައެވެ. ދެން އެމުގުރާލެވުނު އެއްޗެއް މަތީ، ސާފު ނުބައެއް ބިނާވުމުން އެބައިމީހުން ހަނުތިބެއެވެ. ބޭރުފުށަށް މިބައިމީހުންގެ މަސައްކަތީ އިޞްލާޙެވެ. އެހެނަސް ޙަޤީޤަތުގައި އެވެރިންގެ މަސައްކަތީ ނުބައި އާލާކޮށް ބިންމަތީ އެ ޙިމާޔަތް ކުރުމެވެ.

4⃣ދީން ނަހަމަގޮތުގައި ބޭނުން ކުރުމުގެ ތެރޭގައި: މީހެއްގެ ނުބައި ވާހަކަ، އެމީހާގެ މަގާމަށް އޭނާއަށް ވުރެ ނުބައި މީހެއް ގެނެއުމަށްޓަކައި ދެއްކުން ހިމެނެއެވެ. އަދި އެނޫން މީހެއްގެ ހެޔޮވާހަކަ، އެމީހާއަށްވުރެ ހެޔޮ މީހެއްގެ މައްޗަށް އޭނާ އުފުލުމަށްޓަކައި ދެއްކުން ހިމެނެއެވެ. އެގޮތުން މީހެއްގެ ހެޔޮވާހަކަ ދައްކައިގެން މީހަކު ފާފަވެރިވެއެވެ. އަދި އެނޫން ތަނެއްގައި މީހެއްގެ ނުބައި ކަމުގެ ވާހަކަޔަށް ހަނު ހުރެގެން ޘަވާބުވެސް ލިބެއެވެ.

— ޢަބްދުލް ޢަޒީޒް އައްޠަރީފީ
~ ގަލަންދާނު

بعض المصلحين يُحسنون الإسقاط لكنهم لا يُحسنون البدائل، يهدمون خيراً مخلوطاً بشر ليبني عدوّهم مكانه شراً خالصاً، وهؤلاء يُفسدون ولا يشعرون.

بعض المصلحين ينشغل ذهنه بإزالة الشر؛ فيغفل عن تقدير الذي يَحلّ مكانه بعد زواله، فإن كان أكثر شراً منه، فذلك العمل (إفساد) في صورة (إصلاح).

ابتُلي المسلمون بمن يهدمون الخير الناقص، فإذا بُني شر كامل على أنقاضه سكتوا، مهمتهم في ظاهرها إصلاح وفي حقيقتها عمارة الشر وحمايته في الأرض.

من استخدام الدين ذكر سيئات أحد ليحل مكانه أسوأ منه وذكر حسنات آخر ليُقدّم على خير منه، فقد يأثم إنسان بذكر حسنة أحد ويؤجر بسكوته عن سيئة آخر.

عبد العزيز الطريفي

Читать полностью…

Galandān ގަލަންދާނު


4⃣ އަނެކުންނަށް ޢުޛުރު ދިނުން

ތިބާ ހިތްދަތިވާ އެއްޗެއް ނޫނީ ދެރަވާއެއްޗެއް ބުނާހިނދު ނޫނީ އެފަދަ ކަމެއް ކުރާހިނދު، އެމީހަކަށް އެކުރިކަންތަކަށް ޢުޛުރެއް ހޯދައި ދިނުމަށް މަސައްކަތް ކުރަން ޖެހޭނެއެވެ. އަދި މީސްތަކުންނަށް ހެޔޮކޮށް ދެކި ޢުޛުރުތައް ދީ ހެދި ޞާލިޙުންގެ ޙާދިޘާތަކާއިމެދު ހަނދުމަކުރުން ވެއެވެ. އެބޭކަލުން މިހެންވެސް ވިދާޅުވެ އުޅުއްވިއެވެ: (التمس لأخيك سبعين عذرا) ”ތިބާގެ އަޚާއަށް 70 ޢުޛުރު ހޯދާށެވެ.“ ⁽⁵⁾

އިބްނު ސީރީން رحمه الله ވިދާޅުވިއެވެ: ”ތިބާގެ އަޚާގެ ފަރާތުން (ހިތްބުރަވާ) ކަމެއް އަތުވެއްޖެ ނަމަ، އޭނާއަށް ޢުޛުރެއް ހޯދައިދޭށެވެ. ތިބާއަށް ޢުޛުރެއް ނުފެނިއްޖެނަމަ، ބުނާށެވެ: (لعل له عذرا لا أعرفه) ”އަހަންނަށް ނޭނގޭ ޢުޛުރެއް ފަހަރެއްގައި އޭނާ ފުށުގައި އޮވޭދާނެއެވެ.“ ⁽⁶⁾

ޢުޛުރުތައް ހޯދައިދިނުމަށް ތިބާ ގަދައަޅައި މަސައްކަތް ކުރުމުން، އަނެކުންނަށް ނުބައިކޮށް ދެކުމުގެ ބުރައިން ތިބާގެ ނަފުސު މިންޖުވާނެއެވެ. އަދި ތިބާގެ އަޚުންނަށް ތަކުރާރުކޮށް ތުހުމަތުތައް ކުރުމުން އެއްކިބާވެވޭނެއެވެ.


تأن ولا تعجل بلومك صاحبا ..
އެކުވެރިޔާއަށް ތުހުމަތުކުރުމުން މަޑުޖެހި އަވަސް ނުވާށޭ
... .. لعل له عذرا وأنت تلوم
ފަހަރެއްގައި އޭނާއަށް ޢުޛުރެއް އޮވެ ދެން ތިބާ ތުހުމަތުވެދާނޭ


5⃣ އަނެކުންގެ ނިޔަތުގެ މައްޗަށް ގޮތްނިންމުމުން ދުރުހެލިވުން

މިއީ حسن الظن އަށަގެންނެވުމުގެ އެންމެ ބޮޑު އެއް ވަޞީލަތެވެ. އެނިޔަތް ދެނެވޮޑިގެންވާ އެއްކައުވަންތަ ހުސްޠާހިރުވަންތަ ފަރާތަށް އަޅުތަކުންގެ ފޮރުވިފައިވާ ސިއްރުތައް ދޫކޮށްލުމެވެ. އަދި މީސްތަކުންގެ ހިތްތައް ހޭވުމަކަށް ﷲ އަހަރެމެންނަކަށް އަމުރެއް ނުކުރައްވައެވެ. މިގޮތުން އަހަރެމެން ނުބައި ހީތަކުން އެއްކިބާވެވެއެވެ.


ـــــــــــــ
[5] މިފަދައިން ތަފާތު އަޘަރުތައް ސަލާފުންގެ އަރިހުން ވާރިދުވެފައި ވެއެވެ. ޖަޢްފަރު ބުނު މުޙައްމަދު رحمه الله ވިދާޅުވިއެވެ: (إِذَا بَلَغَكَ عَنْ أَخِيكَ الشَّيْءُ تُنْكِرُهُ فَالْتَمِسْ لَهُ عُذْرًا وَاحِدًا إِلَى سَبْعِينَ عُذْرًا فَإِنْ أَصَبْتَهُ وَإِلا قُلْ لَعَلَّ لَهُ عُذْرًا لا أَعْرِفُهُ) ތިބާ ނުރުހޭ އެއްޗެއް ތިބާގެ އަޚާގެ ފުށުން އައިސްފިނަމަ، ފަހެ އޭނާއަށް އެއް ޢުޛުރުން ފެށިގެން ގޮސް 70 ޢުޛުރު ހީދައިދޭށެވެ. އެކަން ކުރަން ނުކުޅެދިއްޖެނަމަ، ބުނާށެވެ: ”ފަހަރެއްގައި އަހަންނަށް ނޭނގޭ ޢުޛުރެއް އޭނާގެ ކިބައިގައި އޮވެދާނެއެވެ.“ (މަޞްދަރު: شعب الإيمان 6/323)
[6] އަލްއަޞްބަހާނީ ގެ "التوبيخ والتنبيه" (ޞ. 97) އަދި މިފަދަ ބަސްކޮޅެއް، ޢަބޫ ޤިލާބާ ޢަބްދު ﷲ ބުނު ޒައިދު އަލްޖަރަމީ (106 ހ.) އަރިހުން ވާރިދުވެފައިވެއެވެ. ވިދާޅުވިއެވެ: ”ތިބާގެ އަޚާގެ ކިބައިން ތިބާ ނުރުހޭ ކަމެއް ފޯރައިފިނަމަ އޭނާއަށް އެކަމުގައި އޮވެދާނެ ޢުޛުރެއް ހޯދަން ގަދައަޅާ މަސައްކަތް ކުރާށެވެ! މި ގޮތުން ތިބާއަށް ޢުޛުރެއް ނުފެނުނުނަމަ ތިބާގެ އަމިއްލަ ނަފްސަށް ބުނާށެވެ. ފަހަރެއްގައި އަހަރެންނަށް އެނގިފައި ނުވާ ޢުޛުރެއް އަހަރެންގެ އަޚާއަށް އޮތީކަމުގައި ވެދާނެއެވެ." ( މަޞްދަރު: އަބޫ ނުޢައިމް ގެ الحلية 2/285)

Читать полностью…

Galandān ގަލަންދާނު

☪️

💔 ހިތުގެ އަރާމު حسن الظن...


މިދުނިޔޭގެ ޙަޔާތުގައި އަޅެއްގެ ހިތަށް ލުއިކަން ގެނުވައި އޭނާގެ ނަފްސަށް އުފާވެރިކަން ގެންނަ ކަންތަކުގެ ތެރެއިން حسن الظن (އަނެކުންނާއި މެދު ހެޔޮކޮށް ދެކުން) ފަދަ މޮޅުއިތުރު ކަމެއް ނުވެއެވެ. އެހެނީ އެއިން ނަފްސަށް ގެއްލުން ފޯރުވާ އަދި ސިކުނޑި ހާސްކޮށްލައި ހަށިގަނޑު ވަރުބަލިކޮށްލާ ވަހުމުތަކުން އިންސާނާ ރައްކައުތެރިކޮށްދެއެވެ.

ހަމަކަށަވަރުން حسن الظن ގެ ސަބަބުން ހިތްނުތަނަވަސްކަމުން ސަލާމަތްކޮށް މުޖުތަމަޢުގެ އަފުރާދުންގެ މެދުގާއި ބަދަހިކަމާއި ލޯބި އުފައްދުވައެވެ. އެހެންކަމުން ހިތްބުރަކަމާއި ނަފުރަތުން އެ އެއްކިބާކުރުވައެވެ. އެއީ ނަބިއްޔު ﷺ ގެ މިޙަދީޘް ފުޅާއި އެއްގޮތަށެވެ:

«إياكم والظن؛ فإن الظن أكذب الحديث، ولا تحسسوا، ولا تجسسوا، ولا تحاسدوا، ولا تباغضوا، ولا تدابروا، وكونوا عباد الله إخوانا»

”ތިޔަބައިމީހުން ހީތަކުން ދުރުވާހުށިކަމެވެ! ފަހެ ހީއަކީ އެންމެ ދޮގުބަހެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ކަންކަން ބަލަން ނޫޅޭށެވެ! އަދި އެއްބަޔަކު އަނެއް ބަޔަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއް ބަޔަކަށް ޙަސަދަވެރި ނުވާށެވެ! އަދި އެއްބަޔަކު އަނެއް ބަޔަކަށް ރުޅިވެރި ނުވާށެވެ! އަދި އެއްބަޔަކު އަނެއް ބަޔަކަށް ފުރަގަސް ނުދޭށެވެ! އަދި ﷲ ގެ އަޅުންކަމުގައިވެ އަޚުންތަކެއްކަމުގައި ވާށެވެ!“ ⁽¹⁾

މި ސާފު ޞިފައިގައި މުޖުތަމަޢެއްގެ ދަރިން ތިބެއްޖެނަމަ އެވެރިންގެ ޢަދުއްވުންގެ ޙެއްލުންތަކަށް ދީލައި ނުލާނެއެވެ. އަދި އެވެރިންގެ މަޝްހޫރު އުކުޅު "ބައިބައިކޮށްލައި ވެރިވެގަތުން" (ޑިވައިޑް އެންޑް ރޫލް) — ގާއިމު ކުރުމަށް ނުކުޅެދޭނެތެވެ. އެހެނީ ހިތްތައްވަނީ ގުޅިލާމެހިފައެވެ. އަދި ނަފުސުތައްވަނީ ސާފުކަންމަތީގައެވެ.


ــــــــــــــــ
[1] ރިވާކުރެއްވީ البخاري (6064)، އަދި مسلم (2563).
ބަކްރު ބުނު ޢަބްދު ﷲ އަލްމުޒަނިއްޔު (108 ހ) ވިދާޅުވިއެވެ. ”ތިބާ ވާހަކަދެއްކުމުގައި ރައްކަތެރިވާށެވެ! ތިބާ ރަނގަޅަށް ބުނެފިނަމަ އެބަހަކުން ދަރުމަ ލިބޭނެތެވެ. އަދި ނުބައިކޮށް ބުނެފިނަމަ ފާފަލިބޭނެތެވެ.މިގޮތުން ތިބާގެ އަޚާއާމެދު ކުށްހީކުރުމަކީ ފާފަ ވާނެކަމެކެވެ.“ (މަޞްދަރު: އިބްނު ޙަޖަރުގެ އައްތަހްޒީބު 1/425

Читать полностью…

Galandān ގަލަންދާނު

🎁 އިންސާނާއަށް ބޭނުންވާ ތަކެތި 3 ބަޔަކަށް ބެހެވެއެވެ:

ފުރަތަމަ ބާވަތް: «الضروريَّاتُ» (ޟަރޫރީ ތަކެތި) : މިއީ އެތަކެއްޗާއި ނުލައި އިންސާނާ ނެތިހިނގައިދާ ތަކެއްޗެވެ. ނުވަތަ އެޔާއި ނުލައި އިންތިހާ ގެއްލުން އޭނާއަށް ފޯރާ ތަކެއްޗެވެ. އެއީ ކާތަކެއްޗާއި ބޯތަކެތި ފަދަ ތަކެއްޗެވެ. އަދި އުނުއޮރިޔާން ނިވައި ކުރާން ބޭނުންވާ އަދި މިޒާތުގެ ތަކެއްޗެވެ. މިއިން އެއްޗަކަށް ޙާޖަތް ޖެހިފައިވާ މިހާއަށް، ޒަކާތުން ހޭދަކުރެވެއެވެ.

ދެވަނަ ބާވަތް: «الحاجيَّاتُ» (ޙާޖަތްތެރި ތަކެތި) : މިއީ ޟަރޫރަތް ދޫކޮށް ވާ ތަކެއްޗެވެ. އެއީ އެއަކާއި ނުލައި އިންސާނާ އަށް ބުރަ އުފުލަންޖެހޭ ތަކެއްޗެވެ. ގޭގައި ގެންގުޅޭ އައިސްއަލަމާރިޔާއި ދޮންނަ މެޝިން ފަދަ ތަކެއްޗެވެ. މިތަކެތި ހިމެނެނީ ޙާޖަތް ތަކުގެ ތެރެއިންނެވެ. އެއާއި ނުލައި އިންސާނާ ނެތިހިނގައި ނުދެއެވެ. އެހެނަސް އެއާއި ނުލައި އިންތިހާ ދަތިއުނދަގޫތައް އޭނާ އާއި ކުރިމަތިވެއެވެ. އެހެންކަމުން މިބާވަތުން އެއްޗަކަށް ޙާޖަތް ޖެހިއްޖެ މީހާއަށް ވެސް ، ޒަކާތުން އެޔެއް ހޭދަކުރެވެއެވެ.

ތިންވަނަ ބާވަތް: « الكمَاليَّات » (މޮޅެތި ތަކެތި) މިއީ އިތުރުކަމާއި ފުރިހަމަކަން ގެނެސްދޭ ތަކެއްޗެވެ. މީހަކަށް ފުދޭވަރަށް ކާނާހުރެދާނެއެވެ. އެހެނަސް އެއަށްވުރެ މޮޅު އަދި މީރު އެއްޗެއް ބޭނުންވެދާނެއެވެ. އަދި އޭނާއަށް ފުދޭވަރަށް ހެދުން ހުރެދާނެއެވެ. އެހެނަސް އެއަށްވުރެ މޮޅު އަދި ޗާލު ހެދުން އޭނާއަށް ބެނުންވެދާނެއެވެ. ޖުމްލަގޮތެއްގައި ބުނާނަމަ: އޭނާއަށް ފުދޭވަރަށް ތަކެތި ހުރެ، އެހެނަސް އެތަކެތީގެ މިންގަނޑު އިތުރުކުރުމަށް އޭނާ ބޭނުންވެއެވެ. ފަހެ މިކަމަށް ޒަކާތުން ހޭދަނުކުރެވެއެވެ. އެހެނަސް ޒަކާތް ހޭދަކުރެވުންވަނީ ޟަރޫރީ އަދި ހާޖަތްތެރި ކަންތައްތަކަށް ބޭނުން ޖެހިފައިވާ މީހުންނަށެވެ.

— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

⭐️ For telegram premium subscribers: Link to boost this channel

/channel/qalandhar?boost

Читать полностью…

Galandān ގަލަންދާނު

❝ The hours that Abu Bakr spent in the cave with the Prophet ﷺ are better than the entire lives and deeds of those who came after him. This was explained by the Companions themselves, since this is based on their virtue. Ibn ʿUmar said: “Do not revile the companions of Muhammad ﷺ, for the presence of one of them (with the Prophet) for a brief time, is better than the deeds committed by any of you throughout his entire life.” ⁽¹⁾ ❞

— Al-Ṭarīfī (📖Al-Khurāsāniya | text)
~ Galandān

--------------------------
[1] This was narrated by Imām Aḥmad in in Faḍāʾil Al-Ṣaḥābah (1/57) and Ibn Mājah (162) “with an authentic chain of transmission, on the authority of Sufyān, on the authority of Nāṣir ibn Dhaʿlūq, on the authority of Ibn ʿUmar” (See Al-ʿAlwān's comments here)

Читать полностью…

Galandān ގަލަންދާނު

🔴 The killing of al-Ḥussayn and The Actions of Shīʿah

❝ The greatest man killed during the prophetic era was Ḥamzah ibn ʿAbd al-Muṭṭalib, he was not only killed, but his body was also mutilated. When the Messenger of Allah ﷺ saw him, he cried and said: “No calamity will befall me as I have by your death.” ⁽¹⁾ - however, he did not make the day of Ḥamzah’s murder, a day of sorrow nor for memorial gatherings.

[1] Ḥadīth no. 4869 from the book Al-Mustadrak ʿAlā Al- Ṣaḥīḥayn ❞

❝ If it was sanely correct what the Shīʿah do on the day al-Ḥussayn was killed of wailing and slapping, it would have been permissible for the Ummah to do the same every day of the year, as there is no day that does not coincide with the killing of a reformist Imām.❞

❝ ʿAlī bin Abī Ṭālib رضي الله عنه was killed unjustly and his son al-Ḥussayn survived after him for 21 years, and yet he did not hold any sort of memorial gathering for his father, nor have the Shīʿah ever done for ʿAlī like what they do for al-Ḥussayn even though ʿAlī is better than his son , رضي الله عنهما. ❞

— ʿAbdul ʿAzīz Al-Ṭarīfī (arabic)
~ Galandān

Читать полностью…

Galandān ގަލަންދާނު

🔗ކާނަންތަ؟

﴿فَرَاغَ إِلَىٰٓ أَهۡلِهِۦ فَجَآءَ بِعِجۡلٍ سَمِينٍ * فَقَرَّبَهُۥٓ إِلَيۡهِمۡ قَالَ أَلَا تَأۡكُلُونَ﴾

”ދެން އެކަލޭގެފާނު އެކަލޭގެފާނުގެ އަނބިކަނބަލުން އަރިހަށް ވަޑައިގެން އެބޭކަލުން ފަރީއްކުޅުއްވުމަށް ޅަވަރެއްގެ ރޫފަ ރަނގަޅު ގެރިއެއް (ފިއްސަވައިގެން) ގެންނަވައިފިއެވެ. * ދެން އެ މެހުމާނުންނާއި، އޭތި ކައިރިކޮށްލައްވައި ވިދާޅުވިއެވެ. ތިޔަބައިމީހުން ނުކާނޫހެއްޔެވެ؟“

❞ މާލާއިކަތުންގެ މެހެމާނުންނަށް އިބްރާހީމްގެފާނު މެހުމާންދާރީ އެރުއްވެވީ އިޛުނަޔެެއް އަދި މަޝްވަރާއެއް ކުރެއްވުމަކާއި ނުލައެވެ. މަޝްވަރާކުރެއްވިނަމަ، އެކަމަށް އެބޭކަލުން އެއްބަސްވެނުލެއްވީހެވެ. އެހެނީ މަލާއިކަތުންނަކީ ކައި ބޮއެ ހައްދަވާ ބަޔެއް ނޫނެވެ. މީގެން، ސުވާލު ކުރުމެއް ނެތި އަދި އިޛުނަ ހޯދުމެއް ނެތި މެހުމާނުންނަށް ދީލަތިވުމުގެ މުސްތަޙައްބުކަން ހާމަވެއެވެ. ❝


— އައްޠަރީފީ (ބަސްކޮޅު)
~ ގަލަންދާން

Читать полностью…

Galandān ގަލަންދާނު

📝 އަހަރެން (އިބްނު ފަހްމީ) ބުނަމެވެ: މަތީގައި ބަޔާން ވެވުނު ކަންތައްތަކުގެ މައްޗަށް ބިނާކޮށް، (މިއަހަރުގެ މުޙައްރަމް 9 ގެ) ތާސޫޢާ ރޯދަ އާއި އެކު ހޯމަދުވަހުގެ ރޯދައިގެ ނިޔަތް ޖަމަޢަ ކުރުން ޞައްޙައެވެ.

ޑރ. ޢަޤީލު ބުނި ސާލިމް އައްޝައްމަރީ ގެ ރިސާލާ، ”ޢާޝޫރާ ދުވަހުގެ ފިޤުހާއި ތަރުބަވީ ކަންތައްތަކުން 80 ކަމެއް“ ގައި ވިދާޅުވިއެވެ:

❞ ތިރީސް ތިންވަނަ މައްސަލަ: ޢާޝޫރާ ދުވަސް ހޯމަދުވަހާއި އެއް ދުވަހެއް ކަމުގައި ވެއްޖެނަމަ، ނޫނީ ބުރާސްފައްޗަކާއި އެއްދުވަހަކަށް ވެއްޖެނަމަ، ފަހެ ހޯމަ ނޫނީ ބުރާސްފައްޗާއި އެކު ޢާޝޫރާ އެއްނިޔަތަކުން ހިފިދާނެ ހެއްޔެވެ؟

(ޖަވާބު) މި މައްސަލަ ގުޅިފައިވަނީ އެހެން މައްސަލަޔަކާއި އެވެ. އެއީ: އެއް އަޅުކަމުގެ ތެރެޔަށް އެހެން އަޅުކަމެއް ވަނުމުގެ މައްސަލައެވެ. އަދި މި(ސުވާލުވެވުނު) ކަންތަކުގައި، ޞައްޙަ ބުނުމަކީ:

ޢާޝޫރާގެ ރޯދަޔާއި އެކު ހޯމަދުވަހުގެ ނޫނީ ބުރާސްފަތި ދުވަހުގެ ރޯދައަށް މީހަކު އެއްފަހަރާ ނިޔަތް ގަތުން، ޞައްޙަވެގެންވުމެވެ. އަދި ﷲ ގެ ފަޟުލު ފުޅާވެގެންވެއެވެ. އެއިލާހީ ދީލަތިވަންތަ ފަރާތްތަކުން އެންމެ ދީލަތިވަންތަވޮޑިގެންވާ ފަރާތެވެ. سبحانه وتعالى. ❝


~ ގަލަންދާން

Читать полностью…

Galandān ގަލަންދާނު

~ ގަލަންދާން 🌜

Читать полностью…

Galandān ގަލަންދާނު

أشكو الى الله

Читать полностью…

Galandān ގަލަންދާނު

ސުންނަތް ނަމާދު ތަކުގެ ތެރެއިން ޤަޟާއު ކުރެވުން ވަނީ ރަވާތިބު ތަކާއި ވިތުރިއެވެ.

❞ ޤަޟާއު ކުރުމުގެ ވާޖިބު ކަނޑައެޅިގެންވަނީ ފަރުޟު ނަމާދު ތަކަށެވެ. ދެންފަހެ ނަވާފިލު ނަމާދުތަކުން ސުންނަތް ވެގެންވަނީ ރަވާތިބު ސުންނަތްތަކާއި ވިތުރި ޤަޟާއު ކުރުމެވެ. އަދި ފާއިތުވެ (ޤަޟާއު ކުރަން ޖެހޭ) ފަރުޟު ނަމާދުތައް ގިނަ ނަމަ، އައުލާވެގެންވަނީ އޭގެ ރަވާތިބުތައް ޤަޟާއު ކުރުން ދޫކޮށްލުމެވެ. މިއީ ފަތިސް ނަމާާދުގެ ސުންނަތް މެނުވީއެވެ. އެހެންކަމުން ފާއިތުވި ނަމާދުތައް ގިނައިން ހުއްޓަސް އެ ޤަޟާއު ކުރާނީއެވެ. އަދި ފާއިތުވެފައިވާ ފަރުޟުތަކެއް ގިނައިން ހުރުމާއިއެކު ވިތުރި ޤަޟާއު ކުރުން ހުރެއްޖެނަމަ، އެކަމުގައި އިޚްތިޔާރުވެއެވެ. (އެވިތުރިތަށް ނުކޮށް ދޫކޮށްލުމާއި ކުރުމުގެ މައްޗަށެވެ.) އަދި ފާއިތުވި ނަމާދުތައް މަދުނަމަ މުސްތަޙައްބުވެގެންވަނީ، ވިތުރި ޤަޟާއު ކުރުމެވެ. ❝

— ޞާލިޙް އަލްޢުޞައިމީ
~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

💎 ❞ ފާފަތައް ފުހެވުމީ ކޮންމެ މުސްލިމެއްގެ ލަނޑުދަނޑިއެވެ. އަދި ކޮންމެ މުއުމިނެއްގެ އެދުމެވެ. އެހެނީ އަޅެއްގެ ފާފަ އޭނާގެ ރައްބު عز وجل ފުއްސެވުމުގައި، ދުނިޔެއާއި އާޚިރަތުގެ އުފާ ފާގަތިކަން އޭނާއަށް ވެއެވެ.

ﷲ تعالى ވަޙީކުރެއްވިއެވެ: {وَسَارِعُوا إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ} (އަދި، ތިޔަބައިމީހުންގެ ރައްބުގެ حضرة ން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، تقوى ވެރިންނަށެވެ.) [آل عمران 133]

އަދި އަބޫ ހުރައިރާ رضي الله عنه އަރިހުން ވެއެވެ: ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ: «إنَّ المفلسَ من أمَّتي، يأتي يومَ القيامةِ بصلاةٍ وصيامٍ وزكاةٍ، ويأتي قد شتم هذا، وقذف هذا، وأكل مالَ هذا، وسفك دمَ هذا، وضرب هذا، فيُعطَى هذا من حسناتِه وهذا من حسناتِه، فإن فَنِيَتْ حسناتُه قبل أن يقضيَ ما عليه، أخذ من خطاياهم فطُرِحت عليه ثمَّ طُرِح في النَّارِ» — ރިވާކުރެއްވީ މުސްލިމް އެވެ. (މާނައީ) ”ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތުގައި ބަނގުރޫޓުވެފައިވާ މީހަކީ، ޤިޔަމާތްދުވަހު (ﷲގެ ޙަޟްރަތަށް) އަންނައިރު ނަމާދާއި، ރޯދައާއި، ޒަކާތާއި، (މިފަދަ ހެޔޮޢަމަލުތަކާއިގެން އަންނަހިނދު ދުނިޔެމަތީގައި) މިވެނި މީހާއަށް މަލާމަތްކޮށްފައި، އެވެނި މީހާގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވާފައި، މިވެނި މީހާގެ މުދާ ކައިފައި، އެވެނި މީހާގެ ލޭ އޮހޮރުވާފައި، މިވެނި މީހާގެ ގައިގައި ޖަހާފައި، އަންނަ މީހާއެވެ. ދެންފަހެ އޭނާގެ ހެޔޮ ޢަމަލުތައް މިވެނި އެވެނި މީހަކަށް ދީފައި، އޭނާގެ ހެޔޮ ޢަމަލުތައް ހުސްވާއިރުވެސް އޭނާގެ ފަރާތުން އަނިޔާ ލިބިފައިވާ މީހުންގެ ޙައްޤު އަދާ ނުވާތީ، އެންމެ ފަހުން އެމީހާގެ ނުބައިކަންތައްތައް ބޮލުއަޅަންޖެހޭ މީހާއެވެ. ދެންފަހެ އޭނާ ނަރަކައިގެ ތެރެއަށް އެއްލާލެވޭނެތެވެ.“

އެހެންކަމުން މީސްތަކުންނަށް އޯގާތެރިވުމާއި، އެއުރެންނަށް ފަސޭހަކޮށް ދިނުމާއި، އެއުރެންގެ ކަންބޮޑުވުންތައް ފިލުވައިދިނުމާއި، އެއުރެންގެ ޙާޖަތްތައް ފުއްދައިދިނުމާއި، އެވެރިންނަށް ދުއްތުރާ ކުރުމުން މިންޖުވުމަކީ އަޅަކަށް ﷲ މަޣްފިރަތް ލެއްވުމުގެ ސަބަބުތަކެވެ.

— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)
~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

⚠️ ރޯދަ ވީއްލުން ވަނީ ކޯޗަކުން ހެއްޔެވެ؟

❞ ރޯދަވެރިޔާ ރޯދަވީއްލުން ވަނީ (الرطب) ދޮން ކަދުރުން ނެވެ. އެ ނުލިބިއްޖެނަމަ ދެން (التمر) ހިކި ކަދުރުންނެވެ. އަދި އެވެސް ނުލިބިއްޖެނަމަ ދެން ފެނުންނެވެ. އަދި މިކަމުގައި އޮތް ދަލީލަކީ، އަނަސް ބުނު މާލިކުގެ އަރިހުން އަބޫދާވޫދާއި އައްތިރުމިޛީގައި ވާރިދުވެފައިވާ ޙަދީޘެވެ: (كان رسول الله صلى الله عليه وسلم يفطر على رطبات قبل أن يصلي فإن لم يكن رطبات فعلى تمرات فإن لم تكن حسا حسوات من ماء) ”ނަބިއްޔު ﷺ ނަމާދުކުރެއްވުމުގެ ކުރިން ދޮން ކަދުރުން ފަރީއްކުޅުއްވައެވެ. ދޮން ކަދުރު ނެތްނަމަ، ހިކި ކަދުރު ކޮޅަކުންނެވެ. ހިކި ކަދުރު ނެތްނަމަ، ފެން ފޮދެއް ހިއްޕަވައެވެ“.

⚠️އަދި އޭގެ ސަނަދުގައި އެހާބޮޑު މައްސަލައެއްގައި ނެތެވެ. ( لا بأس به). އެހެނަސް މިއީ އެއް އަޞްޙާބެއް އަރިހުން އެންމެ ރާވީއެއް ސަނަދުގައި އެކުލެވޭހެން އައިސްފައިވާ (غريب فرد) ޙަދީޘެކެވެ.⁽¹⁾

އަދި މި ޙަދީޘަށްވުރެ ވަރުގަދައީ އަދި ޞައްޙަކަން ބޮޑީ ސަލްމާން ބުނު ޢާމިރުއް ޟައްބީ އަރިހުން ވާރިދުވެފައިވާ ޙަދީޘެވެ. ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ (إذا أفطر أحدكم فليفطر على تمر فإن لم يجد فليفطر على ماء فإنه طهور) ”ތިޔަބައިމީހުންކުރެ މީހަކު ރޯދައަށްހުރެއްޖެނަމަ އެމީހާ ކަދުރުން ރޯދަ ވީއްލާހުށިކަމެވެ. ދެންފަހެ ކަދުރުން ރޯދަވީއްލާން ނުލިބިއްޖެނަމަ ފަހެ ފެނުން ރޯދަވީއްލާހުށިކަމެވެ. ފަހެ އެއީ ޠާހިރު ކުރާ އެއްޗެކެވެ. ❝

— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)
~ ގަލަންދާނު

ـــــــــــــ
[1] އަލްޢަލްވާން މިޙަދީޘާއި މެދު ވިދާޅުވިއެވެ: ❞(އަނަސްގެ) ޙަދީޘު މަޢުލޫލެވެ. ޞައްޙަވެގެން ނުވެއެވެ. އަދި އެއަށްވުރެ ޞައްޙަކަން ބޮޑީ ސަލްމާން ގެ ޙަދީޘެވެ...❝ އައްޠަރީފީ ވިދާޅުވިއެވެ: ❞ނަބިއްޔު ﷺ (ދޮން ކަދުރުން) ރޯދަ ވީއްލެވި ކަމަށް އޮތް އަނަސްގެފާނުގެ ޙަދީޘަކީ މުންކަރު ޙަދީޘެކެވެ. އަބޫ ޙާތިމް އާއި އަބޫ ޒުރްޢާ އާއި އަލްބައްޒާރު އަދި އެނޫން ބޭކަލުން އެ މުންކަރު ކުރެއްވިއެވެ. އަދި ޞައްޙައީ ޢާންމު މާނައިގައި ”ކަދުރުން“ ރޯދަވީއްލެވިކަމެވެ. އެބަހީ ދޮންކަދުރާއި އެނޫން ކަދުރުގެ އެންމެހާ ޒާތެކެވެ.“ (ބަސްކޮޅު)

Читать полностью…

Galandān ގަލަންދާނު

”ޖަލަށްލެވި އިމްތިހާނު ކުރެވިއްޖެ އައު މުސްލިމަކަށްވާ ނަޞޭޙަތެއް“ — ގަލަންދާނު

Читать полностью…

Galandān ގަލަންދާނު


6⃣ ނުބައިކޮށް ދެކުމުގެ ސަބަބުން ލައިގަންނަ މުޞީބާތްތައް ހަނދުމަކުރުން

މީސްތަކުންނާއިމެދު ނުނިޔަތްލާ މީހާގެ ޙަޔާތަކީ ނިމުނެއްނަތް ހިތްބުރަކަމާއި ކަންބޮޑުވުމުގެ ޙަޔާތެކެވެ. އަދި އޭނާގެ ދިރުއުޅުމުގެ ވަށައިގެންވާ އެންމެން އޭނާއާއި ވަކިވުން ކޮބައިހެއްޔެވެ؟ އެއީ އޭނާއާއި އެންމެ ގާތް މީސްތަކުންވެސް މެއެވެ. އެހެނީ ކުށްކުރެވުމަކީ އިންސާނީ އާދައެކެވެ. އެއީ ޤަޞްދަކާއި ނުލައި ވިޔަސްމެއެވެ. ނުނިޔަތް ލުމުގެ މުސީބަތްތަކުގެ ތެރެއިން އަނެއްކަމަކީ، އެކަން ކުރާ މީހާ އަނެކުންނަށް ތުހުމަތުކުރުމުގައި ދެމިހުރެ، އެއާއި އެކު އަމިއްލަ ނަފުސަށް ހެޔޮކޮށް ދެކުމުގައި ވުމެވެ. މިއީ ﷲ ނަހީ ކުރެއްވި އަމިއްލަ ނަފުސު މާތް ކުރުމުގެ ތެރެއިން ވާ ކަމެކެވެ.

﴿فَلَا تُزَكُّوٓاْ أَنفُسَكُمۡۖ هُوَ أَعۡلَمُ بِمَنِ ٱتَّقَىٰٓ ﴾ [النجم:32]. (ފަހެ، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް ތާރީފުކޮށް فخر ވެރިނުވާށެވެ! تقوى ވެރިވީމީހުންގެ ކަންތައް އެކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ.)

އަދި އެނޫން ދަނޑިވަޅެއްގައި އެކަލާނގެ سبحانه ޔަހޫދީންނާއިމެދު މިކަންތަކަށް އިންކާރު ކުރައްވައި ވަޙީ ކުރެއްވިއެވެ:

﴿أَلَمۡ تَرَ إِلَى ٱلَّذِينَ يُزَكُّونَ أَنفُسَهُمۚ بَلِ ٱللَّهُ يُزَكِّى مَن يَشَآءُ وَلَا يُظۡلَمُونَ فَتِيلًا ﴾ [النساء:49]. (ތިމާމެންގެ އަމިއްލަ نفس ތަކަށް ތާރީފުކުރާ މީހުން، ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ އަދި ކިއެއްތަ! اللَّه، އެކަލާނގެ އިރާދަކުރެއްވި މީހަކަށް ތާރީފުކުރައްވަތެވެ. އަދި، ކިތަންމެކުޑަ މިންވަރަކުން ވިޔަސް، އެއުރެންނަށް ބޭއިންސާފެއް ނުކުރައްވާނެއެވެ.)

ހަމަކަށަވަރުން މީސްތަކުންނަށް ހެޔޮކޮށް ދެކުން އަށަގެންނެވުމަށްޓަކައި ހަވާނަފުސާއި ދެކޮޅަށް ގަދައަޅައި މަސައްކަތް ކުރަން ޖެހެއެވެ. ވަކިން ޚާއްޞަކޮށް ޝައިޠާނާ އާދަމުގެ ދަރިޔާގެ ހަށިގަނޑުގައި ލޭ ދައުރުވާފަދައިން ދައުރުވާކަމުންނެވެ. މުއުމިނުން ދެމެދު ބައިބައިކޮށް އެދެމެދުގައި ދެބަސްވުން އުފެއްދުމަށް މަސައްކަތް ކުރުމުން އޭނާ ވަރުބަލިކަމެއް ނެތި ދެމިހުރެއެވެ. އަދި މުސްލިމުންނާއި މެދު ހެޔޮކޮށް ދެކުމަކީ ޝައިޠާނާގެ މަގު ބަންދު ކުރުމުގެ އެންމެ ބޮޑު އެއްވަޞީލަތް ކަން ދެނެގަންނާށެވެ.

رزقنا الله قلوبا سليمة، وأعاننا على إحسان الظن بإخواننا

ސަލާމަތްތެރި ހިތެއް ﷲ އަހަރެމެންނަށް މިންވަރު ކުރައްވާށިއެވެ. އަދި އަހަރެމެންގެ އަޚުންނާއިމެދު ހެޔޮކޮށްދެކުމަށް އެއިލާހު އަހަރެމެންނަށް ވާގިވެވޮޑިގަންނަވާށިއެވެ.

والحمد لله رب العالمين


— މިލިޔުމުގެ މަޞްދަރު (ޢަރަބި | English)

~ ގަލަންދާނު


ـــــــــــــــــــ
ނޯޓް: އަބޫ ޙާތިމް އިބްނު ޙިއްބާން އަލްބުސްތީ (354 ހ.) ވިދާޅުވިއެވެ" ބުއްދިވެރިޔާގެ މައްޗަށް ވާޖިބުވެގެންވަނީ މީސްތަކުންގެ މައްޗަށް ޖާސޫސްކުރުމުން ދުރުވެ ތިމާގެ އަމިއްލަ ނަފްސުގެ ޢައިބުތައް އިޞްލާޙުކުރުމުގައި މަޝްޣޫލުވެ ސަލާމަތްކަން ހޯދައި ރައްކާތެރިވެ ހުރުމެވެ . އެހެނީ މީހުންގެ ޢައިބުތައް ހޯދުމުގެ ބަދަލުގައި ތިބާގެ ޢައިބުތައް ހޯދައި އިޞްލާޙުކުރުމުގައި އަވަދިނެތި އުޅޭމީހާ އޭނާގެ ހަށިގަނޑަށް އަރާމުހޯދައިފިއެވެ. އަދި އޭނާގެ ހިތަށް ދަތި އުނދަގޫ ކުރުމުން ރައްކާތެރި ވެގެންފިއެވެ. ތިމާގެ ނަފްސުން ޢައިބެއް ފެންނަ ކޮންމެފަހަރަކު އަނެކާގެ ނަފްސުން ފެންނަ ޢައިބުތައް އެއީ ބޮޑު އެއްޗެއްކަމުގައި އެފަދަ މީހާ ނުދެކޭނެއެވެ. އެހެނީ ތިމާގެ ނަފްސުގެ ޢައިބުތައް ދޫކޮށް އަނެކުންގެ ޢައިބުތަކައިގެން މަޝްޣޫލުވެއްޖެމީހާގެ ލޯ ކަނުއެއްޗެއް ފަދައިން ވެދާނެތެވެ. އަދި އެފަދަ މީހާގެ ހައްޓަށް ބަލިކަމާއި ބުރަކަން ދޭނެތެވެ. އަދި އެހިދުން ތިބާގެ ނަފްސުގެ ޢައިބުތައް ހޯދައި އިޞްލާޙުކުރުމަށް ޢުޛުރުވެރި ވާނެތެވެ. [روضة العقلاء (ޞ. 131)]

އަދި ސުފްޔާން ބުނު ޙުސައިން (153 ހ.) ވިދާޅުވިއެވެ." ތިމަންނަ އިޔާސް ބުނު މުޢާވިޔާ (122 ހ.) ގާތުގައި މީހެއްގެ ނުބައިވާހަކަ ބުނީމެވެ. އެހިނދު ތިމަންގެ މޫނަށް ބައްލަވައި ވިދާޅުވިއެވެ. ތިބާ ރޫމުކަރައާއި ހަނގުރާމަކޮށްފިން ހެއްޔެވެ؟ ތިމަން ދެންނެވީމެވެ. ނޫނެކެވެ. ދެން ވިދާޅުވިއެވެ." ސިންދު ކަރައާއި ހިންދުކަރަ އަދި ތުރުކީ އާއި ހަނގުރާމަކޮށްފިން ހެއްޔެވެ؟  ތިމަން ދެންނެވީމެވެ. ނޫނެކެވެ. ވިދާޅުވިއެވެ. " ކަލޭގެ  ކިބައިން ރޫމްކަރަ އާއި ސިންދުކަރައާއި ހިންދުކަރަ އަދި ތުރުކީވިލާތް ސަލާމަތްވިއިރު ކަލޭގެ މުސްލިމު އަޚާ ކަލޭގެ ނުބައިކަމުން ސަލާމަތް ނުވިއެވެ. އޭނާ ބުންޏެވެ" ދެން ތިމަންނަ އެފަދަ ކަމެއް ނުކުރަމެވެ. (މަޞްދަރު: އިބްނު ކަޘީރުގެ "البداية والنهاية" 13/121)

Читать полностью…

Galandān ގަލަންދާނު


❤️ حسن الظن އަށަގެންނެވުމަށް އެހީވެދޭ ވަޞީލަތްތައް:

މިތާގައި މިބަޔާން ކޮށްލަނީ އަނެކުންނަށް ހެޔޮކޮށް ދެކުމަށް މުސްލިމަކަށް ވާގިވެރިވެދޭ ވަސީލަތް ތަކެވެ. އޭގެތެރޭގައިވަނީ:

1⃣ ދުޢާ:

އެހެނީ މިއީ އެންމެހާ ހެވެއްގެ ދޮރާއްޓެވެ. އަދި ހަމަކަށަވަރުން ނަބިއްޔު ﷺ އެކަލޭގެފާނުގެ ވެރި ރައްބުގެ އަރިހުން ސަލާމަތް ހިތަކަށް ދުޢާ ކުރައްވައި ހެއްދެވިއެވެ. ⁽²⁾


2⃣ އަނެކުންގެ ޙާލަތަށް ތިމާގެ ނަފުސު ތިރިކުޅައުން:

އެމީހެއްގެ އަޚާ ކަމެއް ކުރާ ހިނދު ނޫނީ ބަހެއް ބުނާހިނދު، އަހަރެމެން ތެރެއިން ކޮންމެ މީހެއްވެސް އެއަޚެއްގެ ޙާލަތަށް އަހަރެމެންގެ ނަފުސު ލައިފިނަމަ، މީގެ ސަބަބުން އަނެކުންނަށް ހެޔޮކޮށް ދެކެވޭނެއެވެ. އަދި ﷲ سبحانه ވަނީ އެއިލާހުގެ އަޅުތަކުންނަށް މިކަމަށް މަގުދައްކަވާފައެވެ. އެއީ މިވަޙީއިންނެވެ:
﴿لَّوۡلَآ إِذۡ سَمِعۡتُمُوهُ ظَنَّ ٱلۡمُؤۡمِنُونَ وَٱلۡمُؤۡمِنَٰتُ بِأَنفُسِهِمۡ خَيۡرًا...﴾ (އެވާހަކަ ކަލޭމެން އެހިހިނދު مؤمن ފިރިހެނުންނާއި مؤمن އަންހެނުން އެމީހުންގެ އަމިއްލަ نفس ތަކަށް (އެކަކު އަނެކަކަށް) ހެޔޮގޮތަކަށް ހީނުކުރީ ކީއްވެގެންހެއްޔެވެ؟ ހެޔޮގޮތަކަށް ހީކުރިނަމައެވެ...) [النور:12]. މިގޮތުން ﷲ ވަނީ އެއިލާހުގެ މުއުމިނު އަޅުތަކުން އެއްހަށިގަނޑެއް ފަދައިން ރަމްޒުކޮށްދެއްވާފައެވެ. އަދިކިއެއްތަ؟ މިއީ އޭގެ ތެރެއިން އެކަކު އަނެކަކާއި ބައްދަލުވެ ސަލާމް ގޮވާހިނދު އެސަލާމް ގޮވެނީ އަމިއްލަ ނަފުސުގެ މައްޗަށް ކަމުގައި ވަޙީކުރެއްވުމާއި ހަމައަށެވެ :
﴿فَإِذَا دَخَلۡتُم بُيُوتًا فَسَلِّمُواْ عَلَىٰٓ أَنفُسِكُمۡ..﴾ (ފަހެ، ތިޔަބައިމީހުން ގޭގެއަށް ވަންނައިރު، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް ތިޔަބައިމީހުން سلام ކުރާށެވެ!) [النور:61]


3⃣ އެބަހެއް އޭގެން ދޭހަކުރެވޭނޭ އެންމެ ހެޔޮ މާނައެއްގައި ނެގުން

މިއީ ސަލަފުންގެ އާދަކާދައެވެ. رضي الله عنهم.

ޢުމަރު ބުނުލް ޚައްޠާބު رضي الله عنه ވިދާޅުވިއެވެ:

(ولا تظنن بكلمة خرجت من أخيك المؤمن إلا خيراً، وأنت تجد لها في الخير محملا ) ”ތިބާގެ މުއުމިނު އަޚާގެ ކިބައިން ބޭރުވެއްޖެ ކަލިމައަކާމެދު އެބަހުގައި ކިރިޔާވެސް ހެވެއް އެކުލެވިދާނެފަދަ މާނައެއް އޮތްހާ ހިނދަކު ހެޔޮގޮތަކަށް މެނުވީ ހީނުކުރާށެވެ!“ ⁽³⁾

އިމާމް އައްޝާފިޢީ رحمه الله އަށް ނިކަން ބަލާށެވެ. އެއްފަހަރެއްގައި އެކަލޭގެފާނު އާލާސްވެވަޑައިގަތުމުން އެކަލޭގެފާނުގެ ބައެއް އަޚުން ޒިޔާރަތް ކޮށް އޭގެ އެކަކު އެކަލޭގެފާނަށް ވިދާޅުވިއެވެ: (قوى الله ضعفك) ”ތިބާގެ ބަލިކަށިކަން، ﷲ ގަދަކުރައްވާށިއެވެ.“ ޝާފިޢީގެފާނު އެހިނދު (ސަމާސާގައި) ވިދާޅުވިއެވެ: ”އެއިލާހު އަހަރެންގެ ބަލިކަށިކަން ގަދަކުރައްވަނީނަމަ އަހަރެން މަރުގަންނަވާފާނެއެވެ.“ އެބޭކަލަކު ވިދާޅުވިއެވެ: ﷲ ގަންދީ ބުނަމެވެ. އަހަރެން ހެވަށް ނޫނީ ނިޔަތް ނުގަންނަމެވެ. ދެން އައްޝާފިޢީ ވިދާޅުވިއެވެ: ”ތިބާ އަހަރެންނަށް ބަދުބަހެއް ބުނިނަމަވެސް، ހެވަކަށް ނޫނީ ނިޔަތް ނުގަންނަ ކަން އަހަރެން ދެނެހުންނަހުށީމެވެ.“ ⁽⁴⁾

ފަހެ ޙަޤީޤީ އުޚުއްވަތްތެރިކަން ވަނީ މިފަދައިންނެވެ. އެއީ ހެޔޮގޮތަކަށް މާނަކުރެވެން ނެތް ބަހެއްވެސް އަޚުންނާއި މެދު ހެޔޮކޮށް ދެކި ނިންމުމެވެ.

ـــــــــــــــــ
[2] އޭގެ ތެރޭގައި އަޙްމަދު (17155) އާއި އައްތިރުމިޛީ (3407) އަދި އައްނަސާއީ (1304) ގައި ރިވާކުރެއްވީ ދުޢާ : ( اللهم إني أسالك الثبات في الأمر ...) ހިމެނެއެވެ. (މީގެ ތަފްޞީލަށް ”އިސްލާމް ސުވާލާއިޖަވާބު“ ގެ 101263 ވަނަ ފަތުވާއަށް ރުޖޫޢަވާށެވެ.)
[3] الدر المنثور (7/566)
[4] އިބްނު ޢަބްދުލް ބައްރު ގެ الانتقاء في فضائل الأئمة الثلاثة الفقهاء (ޞ. 94) އަދި ތާޖުއްދީން އައްސުބުކީ "طبقات الشافعية الكبرى" ގެ (2/ 135) ގައި.

Читать полностью…

Galandān ގަލަންދާނު

~ގަލަންދާން (ބަސްކޮޅު)

Читать полностью…

Galandān ގަލަންދާނު

މުއުމިނެއްގެ ފުށުގައި ނުހުންނާނޭ ދެ ޞިފައެއް

ޢަބްދު ﷲ އިބްނު މަސްޢޫދު ވިދާޅުވިއެވެ:

«كلّ الخلال يطوى - يُطبع- عليها المؤمن إلا على الخيانة والكذب»
”މުއުމިނެއް ގެ މައްޗަށް ކޮންމެ(ފަދަ) ޞިފައެއްވެސް އަށަގަނެތެވެ. އެހެނަސް ޚިޔާނާތްތެރިކަމާއި ދޮގުވެރިކަން މެނުވީއެވެ.“


ސަޢްދު ބުނު އަބީ ވައްޤާޞް ވިދާޅުވިއެވެ:
«يُطبع المؤمن على الخلال كلها إلا الخيانة والكذب»
”އެންމެހާ ޞިފައެއްވެސް މުއުމިނެއްގެ މައްޗަށް އަށަގަނެތެވެ. އެހެނަސް ޚިޔާނާތްތެރިކަމާއި ދޮގުވެރިކަން މެނުވީއެވެ.“


އައްޝައިޚް އަލްމުޙައްދިޘް ޑރ. ޚާލިދުލް ޙާޔިކް ވިދާޅުވިއެވެ: ”ރަސޫލު ﷲ ﷺ ގެ އަޞްޙާބުން ތެރެއިން ބޮޑުންގެ ދެބޭކަލެއް އަރިހުން މި އަޘަރު ރިވާވެ ޞައްޙަވެފައި ވުން، ދަލީލުކޮށް ދެނީ އެދެބޭކަލުން މިބަސްފުޅު އިތުރުއެކަލޭގެފާނުން ﷺ ގެ އަރިހުން އައްސަވާފައިވާ ކަމެވެ. ވަކިން ޚާއްޞަކޮށް، ޢަބްދު ﷲ ބުނު މަސްޢޫދު އަކީ، ވަރަޢަވެރިވެލައްވަވައި ޙަދީޘްފުޅު ތައް ވަޤުފު ކުރައްވާ ބޭކަލެއް ކަމުންނެވެ.“⁽¹⁾

އަބޫ ބަކްރު، އައްޞިއްދީޤު ވިދާޅުވިއެވެ:
«إِيَّاكُمْ وَالْكَذِبَ، فَإِنَّ الْكَذِبَ مُجَانِبُ الْإِيمَانِ»
”ދޮގުވެރިކަމަށް ތިޔަބައިމީހުން ހުށިޔާރުވެ ތިބޭށެވެ. ފަހެ ހަމަކަށަވަރުން ދޮގުވެރިކަން އިމާންކަމާއި އިދިކީލި ވެގެން ވެއެވެ.“⁽²⁾

~ ގަލަންދާނު

ـــــــــــــــــ
[1] މި
އަޘަރުތަކުގެ ތަޚްރީޖަށް (ބައްލަވާ)
[2] މީގެ މަޞްދަރުތަކަށް (ބައްލަވާ)

Читать полностью…

Galandān ގަލަންދާނު

💎އަލްހަރްޖު ތެރޭ ކުރެވޭ އަޅުކަމުގެ މަތިވެރިކަން

❞ މަޢްޤިލި ބުނު ޔަސާރި އަރިހުން، ނަބިއްޔާ ﷺَ ޙަދީޘް ކުރެއްވިޔޭ:

«العِبَادَة فِي الْهَرْجِ كَهِجْرَةٍ إِلَيَّ»
”އަލްހަރްޖު ގައި އަޅުކަން ކުރުމަކީ ތިމަންކަލޭގެފާނު ގާތަށް ހިޖުރަކުރުން ފަދައެވެ.
ރިވާކުރެއްވީ މުސްލިމް އެވެ.

މިޙަދީޘް ގައި ބޮޑުވެގެންވާ އަޖުރެއް ވެއެވެ. އެއީ ފިތުނައިގެ ދުވަސްވަރު ކުރެވޭ އަޅުކަމުގެ މައްޗަށެވެ.

⚠️އަލްހަރްޖު: މިއީ ޤަތުލާއި ގިނަގުނަ ފިތުނައެވެ. އެހެންކަމުން ނަބިއްޔާ ﷺَ އަރިހަށް (މަދީނާއަށް ކުރެވުނު) ހިޖުރަކުރުން ފަދަ އަޖުރު ތިބާ ޙާޞިލް ކުރަން އެދެނީނަމަ، ތިބާގެ މައްޗަށްވަނީ އަޅުކަމެވެ.

މި އަޖުރުގެ ބޮޑުކަން ބަޔާންކޮށްދޭ ދަލީލު ތެރޭގައި، ދެޞަޙީޙްގައި ވާރިދުވެފައިވާ ޙަދީޘް: އަބޫ ސަޢީދް އަލްޚުދްރީ - رضي الله عنه- އަރިހުން، އެކަލޭގެފާނު ވިދާޅުވިއޭ:

ނަބިއްޔާ ﷺَ ޙަދީޘްކުރެއްވިއޭ: «لَا تَسُبُّوا أَصْحَابِي، فَوَالَّذِي نَفْسِي بِيَدِهِ لَوْ أَنَّ أَحَدَكُمْ أَنْفَقَ مِثْلَ أُحُدٍ ذَهَبًا، مَا أَدْرَكَ مُدَّ أَحَدِهِمْ، وَلَا نَصِيفَه» ”ތިމަންކަލޭގެފާނުގެ އަޞްޙާބުންނަށް ބަދުބަސް ނުބުނާށެވެ. އެހެނީ ހަމަކަށަވަރުން އެފަރާތެއްގެ އަތްޕުޅު ތިމަން ނަބިއްޔާގެ ނަފްސު ވާ ފަރާތް ގަންދެއްވައި ވިދާޅުވަމެވެ: އުހުދު (ފަރުބަދަ)ހާ ރަން ތިޔަބައިމީހުން ތެރެއިން މީހެއް ހޭދަކުރިޔަސް، އެވެރިން ހޭދަކުރި އަތްގޯއްޓެއްގެ (އަޖުރުގެ) މިންވަރާއިވެސް، ނޫނީ އޭގެ ދެބައިކުޅަ އެއްބަޔާއިވެސް އަރައިނުފޯރާނެއެވެ.“

އަދި ޞަޙާބީވަންތަކަމަށް ވުރެ ހިޖުރަ ޚާއްޞަވެގެންވާކަން ފޮރުވިގެން ނުވެއެވެ. އެހެނީ މުހާޖިރު (ޞަޙާބީން) ދެންތިއްބެވި ޞަޙާބީންނަށްވުރެން މަތިވެރިވެގެންވިއެވެ -رضي الله عنهم.

އެހެންކަމުން - ﷲ ތިބާ އަށް ދައްކަވާށި - ނިކަން ހުރެ މިބޮޑުވެގެންވާ ފަޟުލުވަންތަކަމަށް ނަޒަރުހިންގަބަލާށެވެ. ❝


— އައްޝައިޚް އަލްމުޙައްދިޘް ޢަބްދުﷲ އައްސަޢްދު (މަޞްދަރު)

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

ޙައްސާނު ބުނު ޢަޠިއްޔާ ⁽¹⁾ ވިދާޅުވިއެވެ:

”ހަމަކަށަވަރުން ދެމީހަކު އެއްނަމާދެއްގައި، އެހެނަސް އެދެވެރިންގެ ފަޟުލު އުޑާއި ބިމާހާއި ތަފާތު ގޮތެއްގައި ތިބެދާނެއެވެ.“ ދެން އެއީ ކީއްވެކަން ބަޔާން ކުރެއްވިއެވެ: ”އެހެނީ އޭގެން އެކަކު ދެމިހުރީ ﷲ އަށް އޭނާގެ ހިތް ކުރިމަތިކުރުވައިގެނެވެ. އަދި އަނެކާ ހުރީ ސަމާލުކަން ނެތް ޣާފިލުކަމުގައެވެ.“

— އިބްނުލް މުބާރަކް ގެ "އައްޒުހުދް" (ޞ. 2/24 ، # 96)

~ ގަލަންދާނު

ـــــــــــــــ
[1] ޙައްސާނު ބުނު ޢަޠިއްޔާ ، މިއީ ތާބިޢީންގެ ބޭކަލެކެވެ. އަދި އެކަލޭގެފާނުގެ އަރިހުން އަލްއަޥްޒާޢީ ރިވާކުރައްވާފައިވެެއެވެ. އަވަހާރަވީ ހިޖުރައިން 130 ގައެވެ.

Читать полностью…

Galandān ގަލަންދާނު

🔴ބޮޑެތިބަނޑުތަކާއި ބެހޭ ރިވާޔަތްތަކެއް

#حديث_ضعيف

عن جعدة أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَأَى رَجُلا عَظِيمَ الْبَطْنِ فَقَالَ بِإِصْبَعِهِ فِي بَطْنِهِ وَقَالَ

 لَوْ كَانَ هَذَا فِي غَيْرِ هَذَا لَكَانَ خَيْرًا لَكَ

(2140 المعجم الكبير للطبراني)

ޖަޢްދަތަ ބުނު ޚާލިދު އަރިހުން ރިވާވެގެން ވެއެވެ: ވަރަށް ބޮޑު ބަނޑެއް ލާފައިހުރި މީހެއް ނަބިއްޔާ އަށް ފެނިވަޑައިގެންނެވިއެވެ. އެހެންކަމުން އެކަލޭގެފާނު އޭނާގެ ބަނޑަށް އިނގިލިދިއްކުރައްވައި ޙަދީޘް ކުރެއްވިއެވެ: "މިނޫންތަނެއްގައި މި ވީނަމަ، ތިބާޔަށް ހެޔޮވެގެންވީހެވެ."

އަލް ޣަޒާލީ ވިދާޅުވިއެވެ: "އެބަހީ ތިބާގެ އާޚިރަތަށް (އެއިތުރުކާނާ) ފަސްކޮށްލައި، އެހެންމީހަކަށް (މިދުނިޔޭގައި) އެ ދޫކޮށްލިނަމަ ހެޔޮވީހެވެ." (3/88 إحياء علوم الدين)

އަލް އިޙްޔާގެ ތަޚްރީޖު 3/109 ގައި އަލް ޢިރާޤީ ވިދާޅުވިއެވެ: މީގެ ސަނަދު ޖައްޔިދެވެ. (ވަރަށް ރަނގަޅަވެވެ.) އަދި މަޖްމަޢް އައްޒަވާއިދު ގައި އަލްހައިޘަމީ ވިދާޅުވިއެވެ: "ރަވީން ތެރޭން އަބޫއިސްރާއީލް އަލްޖުޝަމީ ފިޔަވައި އެހެން އެންމެހާ ބޭފުޅުންނަކީ އައްޞަޙީހުގެ ބޭފުޅުންނެވެ. އޭނާ (އަބޫ އިސްރާއީލް) އިތުބާރުވެވިގެންވެއެވެ. "

”އެހެނަސް އަލްޖުޝަމިއްޔު އިތުބާރު ކުރެއްވީ އިބްނު ޙިއްބާން އެކަންޏެވެ. އަދި އިބްނު ޙިއްބާން މިކަމުގައި ދޫދެއްވާކަމީ ބަޔާންވެގެންވާ ކަމެވެ. އަދި ރާޖިޙުއީ އޭނާ ގެ ޙާލަތް ނޭގިގެން ވާކަމެވެ. އެހެނީ އޭނާ ކުރެން ރިވާޔަތްތައް ނަޤުލުކޮށްފައިވަނީ ހަމައެކަނި ޝުޢްބާ އެވެ. އަދި އިތުބާރުވެގެންވާ ކަމުގައި ކަނޑައެޅުއްވީ އިބްނު ޙިއްބާން އެކަންޏެވެ. އަދި މިރިވާޔަތުގެ ސަނަދު ވަރުގަދަ ކުރެއްވި ބޭކަލަކު އެކަން ކުރެއްވީ މީގެ މައްޗަށެވެ. އަދި މީގައި ދެވަނަ ހީނަރުކަމެއް ވެއެވެ. އެއީ މިރިވާޔަތް ނަޤުލުކުރެއްވި ޖަޢުދަތުގެފާނު، ޞަޙާބީއެއް ކަމާއިމެދު ޚިލާފު އޮތަތީއެވެ. އަދި އަބޫ އިސްރާއީލު އަލްޖުޝަމީ އިތުބާރު ކުރެއްވި ހަމައެކަނި ފަރާތް އިބްނު ޙިއްބާން ޚުދު ދެކިލައްވާގޮތުން ޖަޢުދަތުގެފާނަކީ ތާބިޢީ ބޭކަލެކެވެ. “

(ޚުލާޞާ ކޮށް އަލްއަލްބާނީ ގެ ޤަޥްލު سلسلة الأحاديث الضعيفة والموضوعة وأثرها السيء في الأمة - ج3 ޞ. 266.)


⚠️“ޖާމިޢުލް.ޢުލޫމް“ ގެ ތަޢްލީޤުގައި އަލްމުޙައްދިޘް އައްޝެއިޚް ޑ. މާހިރް އަލްފަޙްލު މިރިވާޔަތާއި މެދު ވިދާޅުވިއެވެ: “ރިވާކުރެއްވީ އިމާމް އަޙްމަދު މުސްނަދުގައި 3/471 އަދި 4/339 ގައެވެ. އަދި އަބޫ އިސްރާއީލް އަލްޖުޝަމީ އަކީ ވާނުވާނޭނގޭ މީހެއް ކަމުން އޭގެ ސަނަދު ޟަޢީފެވެ. އަދި އޭނާގެ ރިވާޔަތްތައް ވާރިދުވެފައިވަނީ ޝުޢުބާގެ އަރިހުން އެކަންޏެވެ.“ (ޖާމިޢުލް ޢުލޫމި ވަލްޙިކަމި ގެ ތަޢުލީޤު ޖ. 3 ޞ. 26)


🔍 އަހަރެން ބުނަމެވެ: އަދި މިރިވާޔަތާއި ގުޅުން ހުރި އެހެން ޙާދިޘާއެއް ޢުމަރުގެފާނާއި މެދު ރިވާވެފައިވެއެވެ. އެއީ ބޮޑު ބަނޑެއް ލާފައި ހުރި މީހެއް ގާތުން މިއީ ކޯޗެއްތޯ އެއްސެވުމުން، އެއީ ބަރަކާތޭ އޭނާ ޖަވާބުގައި ބުނުމުން، އެހެންނަކުންނެއް ނޫނޭ ތިއީ ޢަޒާބެކޭ ވިދާޅުވިކަމުގައެވެ. އަދި މިއީ މީސްތަކުން ތެރޭ މަޝްހޫރު ވާހަކައެވެ. އެހެނަސް މީގެ ސަނަދު ޟަޢީފެވެ. އެހެނީ މިޙާދިޘާ ޢުމަރުގެފާނު އަރިހުން ނަޤުލު ކުރެއްވީ އަލްޙަސަނުލް ބަޞްރީއެވެ. އަދި އަލްޙަސަނުލް ބަޞްރީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ޢުމަރުގެފާނު ޝަހީދުވެވަޑައިގަތުމުގެ އެންމެ ދެއަހަރު ކުރިންނެވެ. ވީމާ މީގެ ސަނަދުގައި މެދުކެނޑުން ވެއެވެ. ⁽¹⁾ ﷲ أعلم.

☝️މިއާއި އެކުވެސް، ދުޅަހެޔޮ ކަމަކީ އެއަކަށް އިސްލާމްދީން ހިއްވަރުދޭ ކަމެކެވެ. އަދި މިކަމުގެ މައްޗަށް ޞައްޙަ އެތައް ރިވާޔަތެއް ނަޤުލުވެފައިވެއެވެ. އަދި މިނުކުތާއަށް ފަހުން ލިޔުމެއް އެކުލެވޭތޯ ބަލައިލާނަމެވެ. إن شاء الله.

~ ގަލަންދާނު

ــــــــــــــ
[1] މިތަޚްރީޖު ނެގިފައިވަނީ ޢަބްދުއްސަލާމް ބުނު މުޙްސިން އާލް ޢީސާ ގެ ”ޢުމަރު رضي الله عنه ގެ ސިޔާސަތާއި އިދާރިއްޔަތާއިމެދު ނަޤުލުވެވިފައިވާ ރިވާޔަތް ތަކާއިމެދު ފާޑުކިޔުމުގެ ނަޒަރަކުން ހެދިފައިވާ ދިރާސާ“ (2/1035) އިންނެވެ.

Читать полностью…

Galandān ގަލަންދާނު

❞ ޢާޝޫރާ ދުވަހުގެ ރޯދަ އަކީ އެންމެ މަތިވެރި ޢަމަލު ތަކުގެ ތެރެއިންވާ އެއްޗެކެވެ. އަދިކިއެއް؟ އެއީ އިސްލާމް ދީނުގެ އެންމެ ފުރަތަމަ ދައުރު ފަރުޟު ވެގެންވީ އެއްޗެކެވެ. ދެން ރަމަޟާން މަހުގެ ފަރުޟު އާއި އެކު އޭގެ ފަރުޟުކަން ކެނޑި އެހެނަސް އޭގެ މުސްތަޙައްބު ކަން ދެމިއޮތެވެ. ފަހެ ޞަޙީޙު މުސްލިމް ގައި ޢަބްދު ﷲ ބުނު މުޢައްބަދުއް ޒަމާނީ ގެ ޙަދީޘް ތަކުން، އަބޫ ޤަތާދާ އަރިހުން ނަބިއްޔާ ﷺ އަރިހުން ރިވާވެގެން ވެއެވެ. އިތުރުކަލޭގެފާނު ﷺ ޢާޝޫރާގެ ރޯދަ އާއިމެދު ޙަދީޘް ކުރެއްވިއޭ: "أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ" ”އެއީފާއިތުވި އަހަރުގެ ކައްފާރާއެއް ކަމުގައި (އެބަހީ: ކުށްފާފަ ފުއްސެެވުމެއް ކަމުގައި) ﷲ ޙަޟުރަތަށް ތިމަންކަލޭގެފާނު އުއްމީދުކުރައްވަމެވެ.“ ❝

—ޝައިޚް، އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (މަސްދަރު)

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

📝 ދެރޯދައެއްގެ ނިޔަތް ޖަމަޢަ ކުރުމުގެ ޙާލަތްތައް

އިބްނު ޢަބްދުލް ހާދީ ”އަލްމުޙައްރަރު ފިލް ޙަދީޘް" ފޮތުގެ ރޯދަޔާއި ބެހޭ ބާބުގެ ތެރޭން ވިދާޅުވިއެވެ:

”އަދި އޭނާގެ މައްޗަށް ޤަޟާއު ރޯދައާއި ޝައްވާލު މަހުގެ ހަރޯދަ ޖަމަޢަކޮށް ކުރުން (ހުއްދަވެގެން) ނުވެއެވެ. އެހެނީ އެހުރިހާ އެއްޗަކީ މުޤައްޔަދު (ވަކި ޚާއްޞަ ނިޔަތެއްގެ ތެރެއަށް ހިފެހެއްޓިފައިވާ) އެއްޗެއް ކަމުގައި ވުމުންނެވެ. ޢަދި މުޤައްޔަދު އަޅުކަމަކަށް އެހެން (އަޅުކަމެެއްގެ) ނިޔަތެއް ޖަމަޢު ކުރުން، ޞައްޙަވެގެން ނުވެއެވެ. އެހެނަސް (އެކަން ހުއްދަވާނީ) ޝަރުޢީ ނައްޞުތަކުން މުޠްލަޤުކޮށް (ވަކި ޚާއްޞަ ނިޔަތަކަށް ހިފެހެއްޓިފައިނުވާ ޢާންމު) ކަންކަމުގައި އެކަންޏެވެ. އަދި ވަކި މުޢައްޔިން ވަޤުތަކަށް (ތާރީޚަކަށް) ހިފެހެއްޓިފައި ނުވާ ކަންކަމުގައެވެ. އެއީ ޢާންމު ރޯދަތަކާއި އެފަދަ ތަކެތީގައެވެ.“

🔵މީގެ ޝަރަހައިގައި އައްޠަރީފީ ވިދާޅުވިއެވެ:

❞ އެބަހީ: މުޤައްޔަދު-ނޫން މުޠުލަޤު ސުންނަތް ރޯދަތަކުގައި، ޤަޟާއު ރޯދަތައް ހިފުން ހުއްދައޭ އެވެ. އޭގެ މިޘާލަކީ: ދެދުވަހުން އެއްދުވަހު ހިފޭ ރޯދަޔާއި، ހޯމަދުވަހުގެ ރޯދަޔާއި، ޙައްޖުމަހުގެ ފުރަތަމަ ދިހަޔެއްގެ ތެރޭ ހިފޭ ރޯދަޔާއި، ﷲ ގެ މައްސަރު މުޙައްރަމު ގައި ހިފޭ (ޢާންމު) ރޯދަތަކުގައެވެ.

އެހެނަސް މުޤައްޔަދު ސުންނަތް ތަކުގައި ޤަޟާއު ރޯދައިގެ ނިޔަތް ޖަމަޢަކޮށް ހިފުން ހުއްދަ ނޫން ކަމެވެ. އޭގެ މިޘާލަކީ: ޢާޝޫރާގެ ރޯދައާއި، ޝައްވާލުމަހުގެ ހަރޯދައާއި، އަދި ޢަރަފާތް ދުވަހުގެ ރޯދައެވެ. ❝


— ޢަބްދުލް ޢަޒީޒް އައްޠަރީފީ (ބަސްކޮޅު)
~ ގަލަންދާން


ــــــــــــــــ
ނޯޓް: މުޤައްޔަދު (مُقَيَّدُ) އާއި މުޠުލަޤު (مُطْلَقُ) ގެ ތަޢުރީފާއި ތަފްޞީލަށް މިލިޔުމަށް ރުޖޫޢަވާށެވެ. (ދިވެހި ތަރުޖަމާ)

Читать полностью…

Galandān ގަލަންދާނު

⚠️ޛިކުރު ކުރުމަށްޓަކައި ދޫ ޙަރަކާތް ކުރުން

❞ ނަމާދުގައި ކިޔޭ ޛިކުރުތައް ފަދަ ތަކެއްޗަކީ ޝައްކެތް ނެތް ގޮތުގައި އޭގައި ދޫ ޙަރަކާތް ކުރަން ޖެހޭ އެއްޗެކެވެ. އަދި ކެރިކުޅަދާނަވެގެންވާ މީހެއް ، ބަސް ބުނުމުގައި އޭނާ ދޫޙަރަކާަތް ނުކުރާނަމަ — ބަހުރުވައިގެ ގޮތުން އަދި ޝަރުޢީ ގޮތުން ބެއްޔަސް — އެއެއްޗެއް ކީ ކަމުގައި ނުވެއެވެ.

ވާހަކައެއް ދެއްކިކަމުގައި ވުމަށް އެބަސް (ދުލުން) ބުނަން ޖެހޭނޭ ކަމުގެ މައްޗަށް ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ އިޖުމާޢު ނަޤުލުކުރެއްވިއެވެ.

ފަހެ މީހަކު އޭނާ ހިތުދަސްކޮށްފައިވާ ބަޔެއް ސޫރަތްތައް، ހިތް މައްޗަށް ގެނެސް ދައުރުކޮށް ނުވަތަ ބުއްދިޔަށް ތަސައްވަރުކޮށް ދޫ ޙަރަކާތް ކުރުމަކާއި ނުލައި، އެތަކެތި ކިޔަވަނީ ކަމުގައި އޭނާ ނިޔަތް ގަނެފާނެއެވެ. މިއީ ގޯހެކެވެ. އަޅުކަން ކުރުމުގެ ބަސްތައް އޭނާގެ ދުލުން ނުކިޔާހާހިނދަކު، އޭނާ އެތަކެތި ކިޔެވި ކަމުގައި ނުވެއެވެ. އަދި މިކަމުގައި ނަމާދުގެ ތެރެއާއި ނަމާދުގެ ބޭރުގައިވެސް ފަރަޤެއް ނުވެއެވެ. (އެބަހީ؛ ނަމާދުން ބޭރުގައި ކުރެވޭ ޝަރުޢީ ޛިކުރުތަކާއި ޤުރުއާން ތިލާވަތު ތަކުގައެވެ.)❝


— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)

~ ގަލަންދާނު

Читать полностью…
Subscribe to a channel