②
ޞައްޙަ ސަނަދަކުން މިޙަދީޘު ރިވާ ކުރެއްވީ ސުނަނު ފޮތްތަކުގެ ބޭކަލުންނެވެ.
❌ތިންވަނަ ޞޫރަ: އެއީ ދަރަނި އަނބުރާ ދައްކާއިރު އެހެން ފައިސާ އަކުން ދެއްކުމަށް އެވެރިން އެއްބަސްވެފައި، އެއަދާ ކުރަންއައިސް މަޖިލިސް ނިންމާއިރު އެއިން މިންވަރެއް ޚަލާޞްނުކޮށް އޮތުމެވެ.
މީގެ މިޘާލަކަށް: ދަރަނި އަކީ އެއްހާސް ޑޮލަރު ކަމުގައި ވެފައި، އެވެރިން އެއްބަސް ވަނީ އެ އަދާ ކުރާ ވަޤުތު ޕައުންޑުން ދިނުމަށެވެ. ދެން މިޘާލަކަށް (ދަރަނި އަދާ ކުރާ ދުވަހުގެ ރޭޓުން) އެއީ 5000 ޕައުންޑު ކަމަށް ވެފައި، މީނާ ދެއްކީ 4000 އެވެ. އެގޮތުން ދަރަނީގެ ބާކީ 1000 ޕައުންޑު އެބައޮތެވެ. ވީމާ މިކަން ހުއްދަވެގެން ނުވެއެވެ. އެހެނީ ކުރިން ބަޔާން ވެވުނު ފަދައިން އެއްފައިސާއިން އަނެއް ފައިސާއެއް ގަނެވޭ އިރު އެކަން ވާން ޖެހޭނީ އަތުން އަތަށް ކަމުގައި ވުމުންނެވެ. (އެބަހީ: އެއްމަޖިލީހުން ނިމެންޖެހެއެވެ. އަދި މިމުޢާމަލާތުގައި ދަރަނި އަދާކުރާއިރު މާރުކުރެވެއެވެ.)
އިހު ބުނެވުނު އިބްނު ޢުމަރުގެ ޙަދީޘުގެ ޝަރަޙައިގައި އަލްޚައްޠާބީ رحمه الله ވިދާޅުވިއެވެ: ”އަދި އޭގައި ޝަރުޠުވެވިފައިވަނީ އެވެރިން (ދަރަނި ދެއްކުމުގެ މަޖިލިހުން) އަވަދިވާ އިރު، ބާކީ އެއްވެސް އެއްޗެއް ނުއޮތުމެވެ. އެހެނީ ދިރުހަމަށް ދީނާރުން ދެއްކުމީ "އެއްފައިސާއިން އަނެއް ފައިސާއެއް ގަތުމެކެވެ." އަދި މާރު ކުރުމުގެ ޢަޤުދެއް އަތުން އަތަށް މެނުވީ ޞައްޙަވެގެން ނުވެއެވެ.“ —عون المعبود އިން ނެގުނު ބަސްކޮޅު، ނިމުނީ.
🤚އެހެނަސް އެލޯނު ދައްކަން ހަމަޖެހިފައިވަނީ ބައިބަޔަށް (އިންސްޓޯލްމަންޓް އިން) ކަމުގައިވާނަމަ، ފަހެ މިޙާލުގައި އޭގެން ކޮންމެ އިންސްޓޯލްމަންޓެއް އަދާކުރާ ދުވަހުގެ ރޭޓުން ވަކި ވަކީން ދިނުމުގެ މައްސަލައެއް ނެތެވެ. މިކަމުގައި ޝަރުޢީ މަނަލެއް ނުވެއެވެ. އެހެނީ މާރުކުރުން ފަސް ކުރެވުމެއް އޭގައި ނުވެއެވެ.
📖ތިރީގައި މިވަނީ މަޥްޟޫޢު ގައި ޢިލްމުވެރިން ބައެއް ޤަޥްލުތަކެވެ:
ފަތުވާ ދިނުމުގެ ދާއިމީ މަޖިލިހިހުގެ ޢިލްމުވެރިންނާއި ސުވާލު ވެވުނެވެ: ”އަހަރެން މީހެއް އަތުން ދަރަންޏަށް ފައިސާއެއް ހޯދީމެވެ. (ފަރަންސޭސި ފައިސާއިންނެވެ.) އެއީ ޤައުމުގައި އަނބުރަމާ ދޭގޮތަށެވެ. އެހެނަސް އޭނާ އަލްޖީރިޔާއަށް އައިސްފައި ހުރުމުން، އެފައިސާ އަލްޖީރިޔާގެ ދިރުހަމުން ކުޑައެއްޗެއް އިތުރު ކުރުމާއިއެކު ދިނުމަށް އޭނާ އެދިއްޖެއެވެ. މިކަމުގެ ޙުކުމަކީ ކޮބައިތޯއެވެ؟“
ޖަވާބު: ”ޢަލްޖީރިޔާގައި އޭނާއަށް ފަރަންސޭސި ފައިސާއިން ހަމައެވަރަށް ދެއްކުން ހުއްދައެވެ. ނުވަތަ އަނބުރައި ދައްކާދުވަހުގެ ރޭޓުން މާރުކޮށްފައި އަލްޖީރިޔާގެ ފައިސާއިން ދެއްކުންވެސް ހުއްދައެވެ. އެއީ (ދަރަނި އަދާކުރުމުގެ މަޖިލިހުން) ވަކިވުމުގެ ކުރިން އޭނާގެ އަތުން އެއެއްކޮށް ޚަލާސްކުރާ ގޮތުގައެވެ.“ ނިމުނީ. "فتاوى اللجنة الدائمة" (14/143)
އަދިވެސް އެބޭކަލުންނާއި (14/144) ސުވާލުވެވުނެވެ: ”ވަކި ފައިސާ އަކުން ދަރަންޏެއް ނަގައި ދެން ދެތިން މަހަށްފަހު އެހެން ފައިސާއަކުން އެއަނބުރައި ދެއްކުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟ އަދި މިއީ އެ ފައިސާގެ އަގު މިމުއްދަތުގެ ތެރޭގައި ބަދަލުވެފައި ހުރެދާނޭ ސަބަބާއި އެކުގައެވެ.“
އެބޭކަލުން ޖާވާބު ދެއްވިއެވެ: ”މީހަކު (ޙަރާމް) ފައިދާ ލުމަށް ޝަރުޠު ކުރުމެއް ނެތި ދަރަންޏެއް ނަގައިފިނަމަ، ނުވަތަ ދަރަނި ދައްކާ ދުވަހުގެ ރޭޓުން އެހެން ފައިސާއަކުން ދައްކައިފިނަމަ، އަދި މިއީ ފައިސާ ދިން ފަރާތަށް އެއްވެސް ފައިދާއެއް ދިނުމަށް ޝަރުޠަކާއި ނުލައިނަމަ، މިއީ ހުއްދަ ކަމެކެވެ. އެއީ އޭގައި މުސްލިމުންނަށް އެއްބާރުލުން ދިނުމާއި އެވެރިންގެ ޙާޖަތްތައް ފުއްދައި ދިނުން ހިމެނޭކަމަށްޓަކައެވެ. އެހެނަސް ދަރިނަދޭ ފަރާތް އެޔަށް ފައިދާލުން ޝަރުޠުކުރާނަމަ، ނުވަތަ ވަކިމިވެނި ފައިސާއަކުން ދޭން ޖެހޭނޭ ކަމަށް ޝަރުޠުކުރާނަމަ ނުވަތަ އެއްވެސް ޒާތެއްގެ މަންފާޢެއް ދިނުމަށް ޝަރުޠުކުރާނަމަ، އެކަން ޙަރާމެވެ. އެހެނީ އެއީ ޤުރުއާނާއި ސުންނަތާއި ޢިލްމުވެރިންގެ އިޖުމާޢުއިންވާ ރިބާ ކަމުގައި ވުމުންނެވެ.“— ނިމުނީ.
=
②
🔘ތިންވަނަ ނަޒަރަކީ: ތަން ތަޣައްޔަރުވުމުން ރައްކާތެރިވެގެންވާނަމަ، ޙައިޟުވެރިޔާ މިސްކިތަށް ވަނުން ހުއްދަކެމެވެ. އަދި މިއީ މާލިކު އަށް ނިސްބަތް ވެވޭ ނަޒަރެކެވެ. އަދި އައްޝާފިޢީގެ މަޛުހަބުގައިވާ ދެރައުޔުން އެއްރައުޔެވެ. އަދި އަޙުމަދުގެވެސް އެއްރައުޔެވެ. އަދި މިއީ އައްޡާހިރީ މަޛުހަބުގެ ޤަޥްލެވެ. އަދި އިބްނު ޙަޒަމް އިޚްތިޔާރު ކުރެއްވި ރައުޔެވެ. އަދި މި ޤަޥްލު ވަރުގަދައެވެ. އެއީ ޢާއިޝަތުގެފާނަށް ނަބިއްޔު ﷺ ޙަދީޘް ކުރެއްވި ވިބަސްފުޅުގެ މައްޗަށެވެ: (نَاوِلِينِي الْخُمْرَةَ مِنَ الْمَسْجِدِ ) ”މިސްކިތުގައި އޮތް ނަމާދު ކުނާ ގެނެސްދޭށެވެ.“ ފަހެ، ތިމަން ކަމަނާ ދެންނެވީ އެވެ. ”ހަމަކަށަވަރުން ތިމަން ކަމަނާވަނީ ޙައިޟުގަ އެވެ.“ ޙަދީޘް ކުރެއްވިއެވެ: ( إن حيضتك ليست في يدك ) ”ހަމަކަށަވަރުން ޙައިޟުވަނީ ކަމަނާގެ އަތްޕުޅުގައެއް ނޫނެވެ.“ (އެބަހީ، ނުޠާހިރީ އަތްތިލައެއް ނޫނޭއެވެ.) — މިޙަދީޘު ރިވާކުރެއްވީ އިމާމް މުސްލިމް އެކަލޭގެފާނުގެ ޞަޙީޙު (298) ގައި އަބޫ މުޢާވިޔާ ގެ ސަނަދުން، އަލްއަޢްމަޝް ގެ އަރިހުން ، ޘާބިތު ބުނު ޢަބީދުގެ އަރިހުން، އަލްޤާސިމް ބުނު މުޙައްމަދު ގެ އަރިހުން، ޢާއިޝަތުގެފާނުގެ އަރިހުންނެވެ.
އަދި މީގައި البراءة الأصلية ގެ އުޞޫލު ބޭނުން ކުރެވެއެވެ. (އެބަހީ: މަނަލެއް ނުއަންނަހިނދަކު އެއެއްޗެއް ހުއްދަގޮތުގައި ދެމިއޮތުމެވެ.) އެހެނީ އެކަން މަނަޢު ކުރުމަށް ޞައްޙަ (އަދި ޞަރީޙަ) ދަލީލެއް ޘާބިތުވެފައި ނުވާތީއެވެ.
އަދި (އިހު ބަޔާންވެވުނު) ރިވާޔަތް ( إني لا أحل المسجد لحائض ولا جنب ) ”ޙައިޟުވެރިޔާ އާއި ޖުނުބުވެރިޔާ މިސްކިތަށް ވަނުން ތިމަންކަލޭގެފާނު ހުއްދަ ނުކުރައްވަމޭ“ — މިއަށް ދެވޭ ރައްދަކީ، މިއީ ޘާބިތު ރިވާޔަތެއް ނޫން ކަމެވެ. އެ ޚަބަރު ރިވާކުރެއްވީ އަބޫ ދާވޫދު (232) ގައި، އަަދި އިބްނު ޚުޒައިމާ (2/284) ގައެވެ. އެއީ ޢަބްދުލް ވާޙިދު ބުނު ޒިޔާދުގެ ސަނަދުން ، އަފްލަތު ބުނު ޚަލީފާ ގެ އަރިހުން، ވިދާޅުވިޔޭ: ޢަހަރެންގާތު ބުންޏޭ ޖަސްރަތު ބިންތި ދިޖާޖާ، ޢާއިޝަތުގެފާނު ވިދާޅުވިއޭ އެވެ.
⚠️އަލްބުޚާރީ رحمه الله ވިދާޅުވިއެވެ: ”މި ޖަސްރާ ފަރާތުން (ޤަބޫލުނުވެވޭ) ހައިރާންވަނިވި ރިވާޔަތްތައް ވެއެވެ.“ އަދި އިބްނު ޙަޒަމް ވިދާޅުވިއެވެ: ”މިއީ ބާޠިލު ޙަދީޘެކެވެ.“ އަދި އަހަރެން (އަލްޢަލްވާން) ވާނީ އޭގައި ހުރި ހާމަނޫން ބަލިކަށިވުންތައް އެހެންތަނެއްގައި ބަޔާން ކޮށްފައެވެ. والله أعلم.
އަދި ޢާއިޝަތުގެފާނުގެ (ޠަވާފު ނުކުރުމަށް އޮތް) ޙަދީޘަށް ދެވޭ ޖަވާބަކީ: އެއީ ޠަވާފާއިމެދު ރިވާވެފައިވާ ޙަދީޘެއް ކަމެވެ. މިސްކިތަށް ވަނުމަކާއި އެއާއި ގުޅުމެއް ނުވެއެވެ. މިކަން ހާމަޔަށް އޭގެން އެނގެއެވެ.
އަދި ޙައިޟުވެރިން، މުސްލިމުން (ޢީދުގައި) ނަމާދު ކުރާން ތިބޭ (مصلى) ދޫލައިގައި ތިބުން ނަބިއްޔު ﷺ މަނައުކުރެއްވި ކަންތަކަށް ދެވޭ ޖަވާބަކީ، مصلى އަކީ ނަމާދުކުރަން ތިބޭ ތަން ކަމެވެ. ކޮންމެހެން މިސްކިތަށް (ނިސްބަތްވާ) ބުނުމެއް ނޫނެވެ. ޙައިޟުވެރީން ތިބެންވީ ނަމާދުކުރާ ތަނުން ދުރުގައޭ އެވެ. އެއީ ނަމާދު ކުރާ މީހުންނަށް އުނދޫ ނުވުމަށްޓަކައެވެ. އަދި އޮޅުންބޮޅުން ނޭރުމަށްޓަކައެވެ. އަދި މިފަދަ ސަބަބުތަކަށްޓަކައެވެ. والله أعلم.
ތިބާގެ އަޚާ
ސުލައިމާން ބުނި ނާޞިރް އަލްޢަލްވާން
8/8/1423هـ
~ ގަލަންދާނު (މަޞްދަރު)
✅ ޙަދީޘް: «مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ» ”ފަހެ ބަޔަކާއި ވަތްތަރުވެގެންފި މީހާއީ، އެބައެއްގެ ތެރެއިންވާ މީހެކެވެ.“
އަލްޢަލްވާން ވިދާޅުވިއެވެ: ”ޝައިޚުލް އިސްލާމް މިޙަދީޘު ރަނގަޅު ކަމަށް ”އަލްއިޤްތިމާއު“ ކަނޑައެޅުއްވިއެވެ. ފަހެ އެއީ ޙަސަން ޙަދީޘެކެވެ.“
”(التَّشَبُّه) "އެއްގޮތްވުން" ޖާއިޒު ވެގެން ނުވަނީ ކާފަރުންނާއި މުސްލިމުން ފަރަޤުކުރުވާ ކަންތައްތަކުގައެވެ. އެކަންކަން ކުރުން ހުއްދަވެގެން ނުވެއެވެ. ދެންފަހެ މުސްލިމުންނާއި އެވެރިން އެކަންތަކުގައި މަސްހުނިވެފައިވާ (ދުއްވާ އުޅަނދުފަހަރާއި) ކާރާއި އެނޫންވެސް އެފަދަ ތަކެއްޗާއި ކަންކަމުގައި ގޯހެއް ނުވެއެވެ.“
— ސުލައިމާން އަލްޢަލްވާން (ބަސްކޮޅު)
~ ގަލަންދާނު | #حديث_صحيح
🌒 މަޣްރިބްނަމާދުގެ ވަޤުތު ނިމެނީ އަދި ޢިޝާ ނަމާދުގެ ވަޤުތު ފެށެނީ ރަތްވިލާ އޮއްސުމުންނެވެ. | ގަލަންދާނު
Читать полностью…✈️ ޘާބިތުވެވޭނެނަމަ މޮޅުއިތުރީ މީސްތަކުންނާއި އެއްވެ އުޅުމެވެ.
❞ ސުވާލު: މި ޙަދީޘް ގެ ޞައްޙަކަމުގެ ދަރަޖައަކީ ކޮބައިތޯއެވެ: «المؤمن الذي يخالط الناس ويصبر على أذاهم خير من المؤمن الذي لا يخالط الناس ولا يصبر على أذاهم» ”މީސްތަކުންނާއި އެއްވެ އުޅޭ އަދި އެވެރިންގެ ދުއްތުރާތަކަށް ކެތްތެރިވެ ހުންނަ މުއުމިނު މީހާ، މީސްތަކުންނާއި އެއްވެ ނޫޅޭ އަދި އެވެރިންގެ ދުއްތުރާތަކަށް ކެތްތެރިވެ ނުހުންނަ މުއުމިނަށް ވުރެ ހެޔޮވެގެން ވެއެވެ.“
ޖަވާބު: މިއީ ޖައްޔިދު ޙަދީޘެކެވެ. (އެބަހީ: އޭގެ ސަނަދު ޙަސަން ޞައްޙަ ދަރަޖައެވެ.) އަދި މުސްލިމް ގައި ރިވާވެފައިވެޔޭ، ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ:
«الْمُؤْمِنُ القَوِيُّ، خَيْرٌ وَأَحَبُّ إلى اللهِ مِنَ المُؤْمِنِ الضَّعِيفِ، وفي كُلٍّ خَيْرٌ احْرِصْ على ما يَنْفَعُكَ، واسْتَعِنْ باللَّهِ وَلا تَعْجَزْ، وإنْ أَصابَكَ شيءٌ، فلا تَقُلْ لو أَنِّي فَعَلْتُ كانَ كَذا وَكَذا، وَلَكِنْ قُلْ قَدَرُ اللهِ وَما شاءَ فَعَلَ، فإنَّ لو تَفْتَحُ عَمَلَ الشَّيْطانِ »— މިޙަދީޘަކީ މުސްލިމް އެކަލޭގެފާނުގެ "ޞަޙީޙު" ގައި ރިވާކުރެއްވި ޙަދީޘެކެވެ.⁽¹⁾
”ﷲ ގެ ޙަޟްރަތުގައި ނިކަމެތި މުއުމިނާއަށް ވުރެ ވަރުގަދަ މުއުމިނާގެ ހެޔޮކަމާއި ލޮބުވެތިކަން ބޮޑުވެގެންވެއެވެ. އަދި އެއިން ކޮންމެ މީހެއްގެ ކިބައިގައި ވެސް ހެޔޮކަން ވެއެވެ. ތިބާއަށް ފައިދާހުރި ކަންތަކަށް ތިބާ ދަހިވެތިވާށެވެ! އަދި ތިބާ ﷲގެ ޙަޟްރަތުން ވާތްގަށް އެދޭށެވެ! އަދި ތިބާ ނުކުޅެދުންތެރި ނުވާށެވެ! ތިބާއާ މުޞީބަތެއް ކުރިމަތިވެއްޖެނަމަ، ފަހެ ، ތިބާ ނުބުނާށެވެ. އަހުރެން މިވެނި ކަމެއް އެވެނި ކަމެއް ކުރިނަމަ މިވެނި ކަމެއް އެވެނިކަމެއް ވީހެވެ. އެހެނަސް ތިބާ ބުނާށެވެ. އެއީ ﷲ ގެ މިންވަރުފުޅެވެ. އަދި އެކަލާނގެ އިރާދަފުޅު ކުރެއްވި ކަމެއް ވެދެއެވެ. ފަހެ ހަމަކަށަވަރުން ” ނަމަ” އަކީ ޝައިޠާނާގެ ޢަމަލުތަކަށް ދޮރު ހުޅުވައިދޭނެ ކަމެކެވެ.“
ފަހެ އެކަނިވެރިކޮށް ހުންނަމީހާ އިޢުތިޤާދު ކުރާށެވެ: ތެދު ޙަޤީޤަތަކީ، އެކެހެރިވުމީ ޝައިޠާނާގެ މަޅިއަށް ދީލައިލާ ބަލިކަށި އަޅުންނަށްވާ އަޅުކަން ކަމެވެ. މިއާ ޚިލާފަށް ވަރުގަދަކަމާއި މަތިވެރި ދަރަޖައިގެ އަހުލުންނަކީ މީސްމީހުންނާއި އެއްވެއުޅުމުގެ ސަބަބުން ގެއްލުން ނުލިބޭ މީހުން ކަމެވެ. އަދި ކިއެއްތަ؟ މިވެރިން އެއްވެއުޅުމުގެ ސަބަބުން އެނބުރި އިޞްލާޙުވަނީ އަނެކުންނެވެ. މީސްތަކުންގެ ޙައްޤުތަށް މިބައިމީހުން އަދާކުރެއެވެ. އަދި އޭގެތެރެއިން ޖާހިލުންނަށް އުނގަންނައިދެއެވެ. އޭގެން ނިކަމެތީންނަށް މަދަދުދެއެވެ. އޭގެން ޙައްޤުވެރީންނަށް ނަޞްރުދެއެވެ. ބާޠިލު ބައިގަނޑަށް ނިކަމެތިކަމެވެ. އެވެރިންގެ ހެޔޮ ޢަމަލުގެ ތެރެއިން އެންމެ އެއްޗެއްވެސް، އެކަހެރިވެގެން ތިބޭ މީހުންގެ އެންމެހާ ހެޔޮ ޢަމަލަކަށްވުރެ ހެޔޮ ވެދާނެއެވެ...(الأمر بالعزلة ޞ. 165)
✨الله ގެ މަގުގައި ދަޢުވަތުދޭ އެންމެހާ އެކުވެރިންނަށް
يا دعاة رب السماء
އޭ އުޑުގެ ރައްބުގެ ދާޢީންތަކާއެވެ.
يامن صنعتم في الأرض نورا
އޭ ބިންމަތީގައި ނޫރުފެޅުވި ބޭކަލުންނެވެ.
يا قلوباً فيها الوفاء
ވަފާތެރިކަމުގެ ހިތްތަކާއެވެ.
بشراكمُ اليوم السرورا
ހެޔޮޚަބަރޭ މިއީ އުފާވެރިކަމުގެ ދުވަހެކެވެ.
أهلاً وسهلاً قولاً ولحنا
މަރުހަބާއޭ ހިތްގައިމު ބަސްތަކުން
منا لكم كل احترام
އަހަރެމެން ފުށުން ތިބާމެންނަށް އެންމެ އިޙްތިރާމޭ
أنتم بنيتم أنتم زرعتم
ތިއީއޭ ބިނާކޮށް ތިއީއޭ އޮށްއިންދި މީހުން
في همة حب الأنام
މީސްތަކުންނަށް ވީ ލޯތްބެއްގެ ހިއްމަތުން
اعلامنا قد شع صدقاً
އަހަރެމެންގެ ދިދަ އަލިން ދިއްލިއްޖެއެވެ.
في سعيكم نحو السلام
އަމާންކަމަށް ކުރި ތިބާމެންގެ މަސައްކަތުން
كانت بداية حتى النهاية
އެއީ ފެށުމެކޭ އޭގެ ނިހާޔަތުގައިވެސް
في قلبكم صدق الكلام
ތިބާމެންގެ ހިތުތެރޭ ވީ ތެދުވެރި ކަލާމޭ
ساهمتموا في نشر خير
ހެޔޮފެތުރެއްވުމުގައި މަދަދުދެއްވައިފީމުތާ
مثل السحاب والغمام
ބޯވިލާތަކާއި ދުންފިނިތަކެއް ފަދައިންނޭ
بوركتموا من ربي دوما
ތާއަބަދަށް ތިބާމެންނަށް ވެބަރަކާތް ރައްބީފުށުން
حققتموا جيل الاعلام
މީޑިއާގެ ޖީލު ތިބާމެން ތިވަނީ ޙާޞިލުކޮށްފައެވެ.
~ މަޑުޖެހިފައިވާ މީހެއްގެ އާހު..
🔹The Punishment of Neglecting Al-Ḥisbah Is Upon All
❝ Abū Bakr Al- Ṣiddīq said: “O people, you recite this verse:
﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ عَلَيۡكُمۡ أَنفُسَكُمۡۖ لَا يَضُرُّكُم مَّن ضَلَّ إِذَا ٱهۡتَدَيۡتُمۡۚ..﴾ (المائدة 105)
“O believers! You are accountable only for yourselves. It will not harm you if someone chooses to deviate—as long as you are ˹rightly˺ guided...”
but you do not interpret it properly. I heard the Messenger of Allah (ﷺ) say:
«إِنَّ النَّاسَ إِذَا رَأَوُا الظَِّالِم َوَلَمْ يَأْخُذُوا عَلَى يَدَيهِ أَوْشَكَ اللهُ أَنْ يَعُمَّهُمْ بِعَذَابٍ مِنْ عِنْدِهِ»
“If people saw an oppressor and didn't grab him by the hand (i.e. stop him), it's feared that Allah would encompass them all with a punishment from Him.”” ⁽¹⁾
The meaning of the noble verse is: “{You are accountable only for yourselves} —after enjoining what is right and forbidding what is evil.” This was mentioned by, Saʿīd bin Al-Musayyib. ❞
— Al-Shaykh Al-Muḥaddith ʿAbdullah Al-Saʿd (text)
~ Galandān
#تدبر_آية
#حديث_صحيح
----------------------
[1] I didn't find the exact phrase in the books of Sunan. Abū Dāwūd narrated it in Sunan (See: 4/122, No. 4338) with a similar wording:
“You people recite this verse ... and put it in its improper place. While we heard the Prophet ﷺ say:
«إِنَّ النَّاسَ إِذَا رَأَوْا الظَّالِمَ فَلَمْ يَأْخُذُوا عَلَى يَدَيْهِ أَوْشَكَ أَنْ يَعُمَّهُمْ اللَّهُ بِعِقَابٍ»
"If people saw an oppressor and didn't grab him by the hand, it's feared that the punishment of Allah would encompass them all."
And Abū Dāwūd added, from another path: (Abū Bakr said) I have heard the Messenger of Allah ﷺ say:
«مَا مِنْ قَوْمٍ يُعْمَلُ فِيهِمْ بِالْمَعَاصِي ثُمَّ يَقْدِرُونَ عَلَى أَنْ يُغَيِّرُوا ثُمَّ لَا يُغَيِّرُوا إِلَّا يُوشِكُ أَنْ يَعُمَّهُمْ الله مِنْهُ بِعِقَابٍ»
"There are not a people who sin happens in their midst, then are able to change it but don't, except that it's feared that the punishment from Allah would encompass them all."
أشكو الى الله الكروب
ދަންނަވަމޭ ﷲ އަށް، އަހަރެންގެ ހިތާމަތަކުގެ ޝަކުވާ
وأدمعي حارة سكوب
އަދި އަހަރެންގެ ކަރުނަތައް ހިފެހެއްޓުމެއްނެތި ފައިބަޔޭ
وألوذ بالصبر الجميل
ރިވެތިވެގެންވާ ކެތްތެރިވުމަށް އަހަރެން އެނބުރެމޭ
وحكمة الدهر الدؤوب
އަދި ބަދަލުވުމެއްނުވާ ޙަޔާތުން ހޯދުނު ޙިކުމަތަށްވެސް
وأسلم الصعب الجموح
އަދި ބުރަތަކާއި ދަތިތަށް އަހަރެން ދޫކޮށްފީމޭ
إلى معالجة الغيوب
ޣައިބުގެ ފޮރުވުންތަކުން ފަރުވާދެއްވާ ފަރާތަށް
ثقة وايمانًا بمن
ފުރިހަމަ އިތުބާރާއި އީމާން ދެމޭ އެފަރާތަށް
رحماته تحيي القلوب
އެއީ އެއިލާހެއްގެ ރަޙުމަތުން ހިތްތަކަށް ދިރުންގެނުވާ އިލާހޭ
واذا تجلى سره
އެއިލާހުގެ ސިއްރު ލިބިއްޖެނަމަ ⁽¹⁾
في عبده ملك الدروب
އެމަގުތަކަށް މަގުދައްކަވާ މަލިކުގެ އަޅާއަށް
سد الطريق على الزمان
ޒަމާން ދަތުރުކުރާ މަގަށް ހުރަސް އަޅުއްވައި
وقام في وجه الخطوب
އުދަގޫތަކުގެ މައްޗަށް އެއިލާހު ވެރިވެވޮޑިގަންނަވައޭ
~ މަޑުޖެހިފައިވާ މީހެއްގެ އާހު..
ــــــــــ
(1) ﷲ ގެ ޤަދަރަށް ފުރިހަމަޔަށް އީމާންވެ ރުހިއްޖެ މީހާ
❔ސުންނަތްވެގެންވާ ޟުޙާ ނަމާދާއި މެދު، އައްޝައިޚް އަލްޢަލްވާން އާއި ސުވާލުވެވުނެވެ: (އަދާ ނުކުރެވި ވަނިކޮށް އޭގެ ވަޤުތު) ގެއްލިއްޖެ ނަމަ، ޤަޟާ ކުރުން ވޭހެއްޔެވެ؟" ވިދާޅުވިއެވެ:
❞ އެ ޤަޟާ ކުރުމެއް ނުވެއެވެ. އެހެނީ އެއީ ރަވާތިބު ސުންނަތް ތަކުގެ ތެރެއިން ހިމެނޭ އެއްޗެއް ނޫނެވެ. ❝
— އަލްޢަލްވާން
~ ގަލަންދާނު
Allah's statement,
وَلَا تَمُوتُنَّ إِلاَّ وَأَنتُم مُّسْلِمُونَ
and die not except as (true) Muslims.
❝ It means, preserve your Islam while you are healthy and safe, so that you die as a Muslim.
Due to His generosity, the Most Generous (Allah) has established a general rule: that whatever state one lives in, is what he dies upon, and whoever dies upon something is what he is resurrected upon. We seek refuge in Allah for a variance in this. (To die in opposition to islam, after living a life upon it.) ❞
— ibn Kathīr رَحِمَهُ ٱللَّٰهُ (📚Tafsīr 2/78)
~ Galandān #تدبر_آية
#akhlaag
#ilmeebusthaan
/channel/ilmeebusthaanu
https://www.facebook.com/profile.php?id=61562573894618...
1⃣އިޞްލާޙަށް މަސައްކަތް ކުރާ ބައެއް މީހުން، އަނެކުން ވައްޓާލުމުގައި މޮޅެވެ. އެހެނަސް އޭގެ ބަދަލު ދައްކުވައި ދިނުމުގައި ނުކުޅެދިގެން ވެއެވެ. ނުބަޔާއި އެއްވެފައިވާ ހެޔޮ އެވެރިން މުގުރާލައެވެ. އެއީ އެވެރިންގެ ޢަދުއްވުން އެހުސްޖާގައިގައި ޞަރީހަ ނުބައި ބިނާކުރުމަށް ދޫކޮށްލަމުންނެވެ. ފަހެ މިބައިމީހުން ރޭކާވެސް ނުލައި ކުރަނީ ފަސާދައެވެ.
2⃣އިޞްލާޙަށް މަސައްކަތް ކުރާ ބައެއް މީހުން ހަމައެކަނި ވިސްނުން ބަހައްޓަނީ ނުބަޔެއް ފޮހެލާށެވެ. އަދި އެނުބައިގެ ބަދަލުގައި އެމަޤާމަށް ވެރިވާނޭ އެއްޗަކާއިމެދު ބުއްދިނުހިންގައެވެ. ދެން އަންނަ އެއްޗަކީ މިހާރު ހުރި އެއްޗަކަށްވުރެ ނުބައިކަން ބޮޑު އެއްޗެއް ނަމަ، ފަހެ އެ ޢަމަލަކީ "އިޞްލާޙު" ގެ ޞިފައިގައިވާ ފަސާދައެކެވެ.
3⃣މުސްލިމުންނަށް ވަނީ ނުކުޅެދުމެއް އެކުލެވޭ ހެޔޮ މުގުރާލާ މީހުން ގެ ފުށުން ބަލާވެރިކަން ޖެހިފައެވެ. ދެން އެމުގުރާލެވުނު އެއްޗެއް މަތީ، ސާފު ނުބައެއް ބިނާވުމުން އެބައިމީހުން ހަނުތިބެއެވެ. ބޭރުފުށަށް މިބައިމީހުންގެ މަސައްކަތީ އިޞްލާޙެވެ. އެހެނަސް ޙަޤީޤަތުގައި އެވެރިންގެ މަސައްކަތީ ނުބައި އާލާކޮށް ބިންމަތީ އެ ޙިމާޔަތް ކުރުމެވެ.
4⃣ދީން ނަހަމަގޮތުގައި ބޭނުން ކުރުމުގެ ތެރޭގައި: މީހެއްގެ ނުބައި ވާހަކަ، އެމީހާގެ މަގާމަށް އޭނާއަށް ވުރެ ނުބައި މީހެއް ގެނެއުމަށްޓަކައި ދެއްކުން ހިމެނެއެވެ. އަދި އެނޫން މީހެއްގެ ހެޔޮވާހަކަ، އެމީހާއަށްވުރެ ހެޔޮ މީހެއްގެ މައްޗަށް އޭނާ އުފުލުމަށްޓަކައި ދެއްކުން ހިމެނެއެވެ. އެގޮތުން މީހެއްގެ ހެޔޮވާހަކަ ދައްކައިގެން މީހަކު ފާފަވެރިވެއެވެ. އަދި އެނޫން ތަނެއްގައި މީހެއްގެ ނުބައި ކަމުގެ ވާހަކަޔަށް ހަނު ހުރެގެން ޘަވާބުވެސް ލިބެއެވެ.
— ޢަބްދުލް ޢަޒީޒް އައްޠަރީފީ
~ ގަލަންދާނު
بعض المصلحين يُحسنون الإسقاط لكنهم لا يُحسنون البدائل، يهدمون خيراً مخلوطاً بشر ليبني عدوّهم مكانه شراً خالصاً، وهؤلاء يُفسدون ولا يشعرون.Читать полностью…
بعض المصلحين ينشغل ذهنه بإزالة الشر؛ فيغفل عن تقدير الذي يَحلّ مكانه بعد زواله، فإن كان أكثر شراً منه، فذلك العمل (إفساد) في صورة (إصلاح).
ابتُلي المسلمون بمن يهدمون الخير الناقص، فإذا بُني شر كامل على أنقاضه سكتوا، مهمتهم في ظاهرها إصلاح وفي حقيقتها عمارة الشر وحمايته في الأرض.
من استخدام الدين ذكر سيئات أحد ليحل مكانه أسوأ منه وذكر حسنات آخر ليُقدّم على خير منه، فقد يأثم إنسان بذكر حسنة أحد ويؤجر بسكوته عن سيئة آخر.
عبد العزيز الطريفي
③
4⃣ އަނެކުންނަށް ޢުޛުރު ދިނުން
ތިބާ ހިތްދަތިވާ އެއްޗެއް ނޫނީ ދެރަވާއެއްޗެއް ބުނާހިނދު ނޫނީ އެފަދަ ކަމެއް ކުރާހިނދު، އެމީހަކަށް އެކުރިކަންތަކަށް ޢުޛުރެއް ހޯދައި ދިނުމަށް މަސައްކަތް ކުރަން ޖެހޭނެއެވެ. އަދި މީސްތަކުންނަށް ހެޔޮކޮށް ދެކި ޢުޛުރުތައް ދީ ހެދި ޞާލިޙުންގެ ޙާދިޘާތަކާއިމެދު ހަނދުމަކުރުން ވެއެވެ. އެބޭކަލުން މިހެންވެސް ވިދާޅުވެ އުޅުއްވިއެވެ: (التمس لأخيك سبعين عذرا) ”ތިބާގެ އަޚާއަށް 70 ޢުޛުރު ހޯދާށެވެ.“ ⁽⁵⁾
އިބްނު ސީރީން رحمه الله ވިދާޅުވިއެވެ: ”ތިބާގެ އަޚާގެ ފަރާތުން (ހިތްބުރަވާ) ކަމެއް އަތުވެއްޖެ ނަމަ، އޭނާއަށް ޢުޛުރެއް ހޯދައިދޭށެވެ. ތިބާއަށް ޢުޛުރެއް ނުފެނިއްޖެނަމަ، ބުނާށެވެ: (لعل له عذرا لا أعرفه) ”އަހަންނަށް ނޭނގޭ ޢުޛުރެއް ފަހަރެއްގައި އޭނާ ފުށުގައި އޮވޭދާނެއެވެ.“ ⁽⁶⁾
ޢުޛުރުތައް ހޯދައިދިނުމަށް ތިބާ ގަދައަޅައި މަސައްކަތް ކުރުމުން، އަނެކުންނަށް ނުބައިކޮށް ދެކުމުގެ ބުރައިން ތިބާގެ ނަފުސު މިންޖުވާނެއެވެ. އަދި ތިބާގެ އަޚުންނަށް ތަކުރާރުކޮށް ތުހުމަތުތައް ކުރުމުން އެއްކިބާވެވޭނެއެވެ.
تأن ولا تعجل بلومك صاحبا ..
އެކުވެރިޔާއަށް ތުހުމަތުކުރުމުން މަޑުޖެހި އަވަސް ނުވާށޭ
... .. لعل له عذرا وأنت تلوم
ފަހަރެއްގައި އޭނާއަށް ޢުޛުރެއް އޮވެ ދެން ތިބާ ތުހުމަތުވެދާނޭ
5⃣ އަނެކުންގެ ނިޔަތުގެ މައްޗަށް ގޮތްނިންމުމުން ދުރުހެލިވުން
މިއީ حسن الظن އަށަގެންނެވުމުގެ އެންމެ ބޮޑު އެއް ވަޞީލަތެވެ. އެނިޔަތް ދެނެވޮޑިގެންވާ އެއްކައުވަންތަ ހުސްޠާހިރުވަންތަ ފަރާތަށް އަޅުތަކުންގެ ފޮރުވިފައިވާ ސިއްރުތައް ދޫކޮށްލުމެވެ. އަދި މީސްތަކުންގެ ހިތްތައް ހޭވުމަކަށް ﷲ އަހަރެމެންނަކަށް އަމުރެއް ނުކުރައްވައެވެ. މިގޮތުން އަހަރެމެން ނުބައި ހީތަކުން އެއްކިބާވެވެއެވެ.
ـــــــــــــ
[5] މިފަދައިން ތަފާތު އަޘަރުތައް ސަލާފުންގެ އަރިހުން ވާރިދުވެފައި ވެއެވެ. ޖަޢްފަރު ބުނު މުޙައްމަދު رحمه الله ވިދާޅުވިއެވެ: (إِذَا بَلَغَكَ عَنْ أَخِيكَ الشَّيْءُ تُنْكِرُهُ فَالْتَمِسْ لَهُ عُذْرًا وَاحِدًا إِلَى سَبْعِينَ عُذْرًا فَإِنْ أَصَبْتَهُ وَإِلا قُلْ لَعَلَّ لَهُ عُذْرًا لا أَعْرِفُهُ) ތިބާ ނުރުހޭ އެއްޗެއް ތިބާގެ އަޚާގެ ފުށުން އައިސްފިނަމަ، ފަހެ އޭނާއަށް އެއް ޢުޛުރުން ފެށިގެން ގޮސް 70 ޢުޛުރު ހީދައިދޭށެވެ. އެކަން ކުރަން ނުކުޅެދިއްޖެނަމަ، ބުނާށެވެ: ”ފަހަރެއްގައި އަހަންނަށް ނޭނގޭ ޢުޛުރެއް އޭނާގެ ކިބައިގައި އޮވެދާނެއެވެ.“ (މަޞްދަރު: شعب الإيمان 6/323)
[6] އަލްއަޞްބަހާނީ ގެ "التوبيخ والتنبيه" (ޞ. 97) އަދި މިފަދަ ބަސްކޮޅެއް، ޢަބޫ ޤިލާބާ ޢަބްދު ﷲ ބުނު ޒައިދު އަލްޖަރަމީ (106 ހ.) އަރިހުން ވާރިދުވެފައިވެއެވެ. ވިދާޅުވިއެވެ: ”ތިބާގެ އަޚާގެ ކިބައިން ތިބާ ނުރުހޭ ކަމެއް ފޯރައިފިނަމަ އޭނާއަށް އެކަމުގައި އޮވެދާނެ ޢުޛުރެއް ހޯދަން ގަދައަޅާ މަސައްކަތް ކުރާށެވެ! މި ގޮތުން ތިބާއަށް ޢުޛުރެއް ނުފެނުނުނަމަ ތިބާގެ އަމިއްލަ ނަފްސަށް ބުނާށެވެ. ފަހަރެއްގައި އަހަރެންނަށް އެނގިފައި ނުވާ ޢުޛުރެއް އަހަރެންގެ އަޚާއަށް އޮތީކަމުގައި ވެދާނެއެވެ." ( މަޞްދަރު: އަބޫ ނުޢައިމް ގެ الحلية 2/285)
☪☪☪☪☪☪️
💔 ހިތުގެ އަރާމު حسن الظن...
①
މިދުނިޔޭގެ ޙަޔާތުގައި އަޅެއްގެ ހިތަށް ލުއިކަން ގެނުވައި އޭނާގެ ނަފްސަށް އުފާވެރިކަން ގެންނަ ކަންތަކުގެ ތެރެއިން حسن الظن (އަނެކުންނާއި މެދު ހެޔޮކޮށް ދެކުން) ފަދަ މޮޅުއިތުރު ކަމެއް ނުވެއެވެ. އެހެނީ އެއިން ނަފްސަށް ގެއްލުން ފޯރުވާ އަދި ސިކުނޑި ހާސްކޮށްލައި ހަށިގަނޑު ވަރުބަލިކޮށްލާ ވަހުމުތަކުން އިންސާނާ ރައްކައުތެރިކޮށްދެއެވެ.
ހަމަކަށަވަރުން حسن الظن ގެ ސަބަބުން ހިތްނުތަނަވަސްކަމުން ސަލާމަތްކޮށް މުޖުތަމަޢުގެ އަފުރާދުންގެ މެދުގާއި ބަދަހިކަމާއި ލޯބި އުފައްދުވައެވެ. އެހެންކަމުން ހިތްބުރަކަމާއި ނަފުރަތުން އެ އެއްކިބާކުރުވައެވެ. އެއީ ނަބިއްޔު ﷺ ގެ މިޙަދީޘް ފުޅާއި އެއްގޮތަށެވެ:
«إياكم والظن؛ فإن الظن أكذب الحديث، ولا تحسسوا، ولا تجسسوا، ولا تحاسدوا، ولا تباغضوا، ولا تدابروا، وكونوا عباد الله إخوانا»
”ތިޔަބައިމީހުން ހީތަކުން ދުރުވާހުށިކަމެވެ! ފަހެ ހީއަކީ އެންމެ ދޮގުބަހެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ކަންކަން ބަލަން ނޫޅޭށެވެ! އަދި އެއްބަޔަކު އަނެއް ބަޔަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއް ބަޔަކަށް ޙަސަދަވެރި ނުވާށެވެ! އަދި އެއްބަޔަކު އަނެއް ބަޔަކަށް ރުޅިވެރި ނުވާށެވެ! އަދި އެއްބަޔަކު އަނެއް ބަޔަކަށް ފުރަގަސް ނުދޭށެވެ! އަދި ﷲ ގެ އަޅުންކަމުގައިވެ އަޚުންތަކެއްކަމުގައި ވާށެވެ!“ ⁽¹⁾
މި ސާފު ޞިފައިގައި މުޖުތަމަޢެއްގެ ދަރިން ތިބެއްޖެނަމަ އެވެރިންގެ ޢަދުއްވުންގެ ޙެއްލުންތަކަށް ދީލައި ނުލާނެއެވެ. އަދި އެވެރިންގެ މަޝްހޫރު އުކުޅު "ބައިބައިކޮށްލައި ވެރިވެގަތުން" (ޑިވައިޑް އެންޑް ރޫލް) — ގާއިމު ކުރުމަށް ނުކުޅެދޭނެތެވެ. އެހެނީ ހިތްތައްވަނީ ގުޅިލާމެހިފައެވެ. އަދި ނަފުސުތައްވަނީ ސާފުކަންމަތީގައެވެ.
ــــــــــــــــ
[1] ރިވާކުރެއްވީ البخاري (6064)، އަދި مسلم (2563).
ބަކްރު ބުނު ޢަބްދު ﷲ އަލްމުޒަނިއްޔު (108 ހ) ވިދާޅުވިއެވެ. ”ތިބާ ވާހަކަދެއްކުމުގައި ރައްކަތެރިވާށެވެ! ތިބާ ރަނގަޅަށް ބުނެފިނަމަ އެބަހަކުން ދަރުމަ ލިބޭނެތެވެ. އަދި ނުބައިކޮށް ބުނެފިނަމަ ފާފަލިބޭނެތެވެ.މިގޮތުން ތިބާގެ އަޚާއާމެދު ކުށްހީކުރުމަކީ ފާފަ ވާނެކަމެކެވެ.“ (މަޞްދަރު: އިބްނު ޙަޖަރުގެ އައްތަހްޒީބު 1/425
📌 ދަރަންޏަށް ދެވޭ ފައިސާ އެނޫން އެހެން ފައިސާއަކުން އަނބުރައި ދެއްކުމުގެ ޙުކުމް
①
1⃣ ލޯނެއް އެހެން ފައިސާއަކުން އަނބުރާ ދެއްކިދާނެތޯ؟
މިކަމުގެ އަސާސީ އުޞޫލަކީ ލޯނެއް އަނބުރައި ދެއްކުން ވަނީ ދަރަނިވެރިޔާ ހަމަ އެލޯނު ނެގި ފައިސާއިންކަމުގައި ވުމެވެ. އެހެނެސް މިއީ ލޯނު އަނބުރައިދައްކާ ވަޤުތު އެހެން ފައިސާއަކުން ދެއްކުމަށް އެދެފަރާތުން އެއްބަސް ނުވާހާހިނދަކުއެވެ. އެހެން އެއްބަސް ވެވިގެން މިކަން ކުރުމުގައި މަނަލެއް ނެތެވެ. އޭގައި އޮތް ޝަރުޠަކީ: އެފައިސާ އަދަދުކުރުން ވަނީ އަނބުރައި ދައްކާ ދުވަހުގެ އަގަށް (އެބަހީ: އެކްސްޗޭންޖް ރޭޓަށް) ކަމުގައި ވުމެވެ. ލޯން ނެގުނު ދުވަހުގެ ރޭޓަކުން ނޫނެވެ. ފައިސާ ދައްކަންޖެހޭ ކޮންމެ ކަމެއްގައިވެސް މިކަން އޮތީ މިހެންނެވެ. އަނބުރައި ދައްކާ ވަޤުތު އޮތް ރޭޓަކުން އެހެން ފައިސާއަކުން އެދެއްކުމަށް ދެފަރާތުން އެއްބަސްވުން ހުއްދައޭ އެވެ.
2⃣ އެހެން ފައިސާއަކުން ދަރަނި ދެއްކުމުގައި ހުންނަ ޙަރާމް ގޮތްތައް
މިކަމުގައި އޮންނަ ޙަރާމް ތިން ގޮތެއް ދެނެގަނެ ހޭވެރިވާން ޖެހެއެވެ.
❌ފުރަތަމަ ޞިފަ: ލޯނު އަނބުރާ ދައްކާ ވަޤުތު އެހެން ފައިސާ އަކުން ދެއްކުމަށް (އަގުކަނޑައަޅައި) ދެފަރާތުން އެއްބަސްވުން.
މިކަން ޙަރާމް ވެގެން ވެއެވެ. އެހެނީ މިމުޢާމަލާތުގައި މިވާ ކަންތަކުގެ ޙަޤީޤަތަކީ، މުށުތެރޭ ހުރި ފައިސާއެއް، އޭގެ އަގަށްވާ ފައިސާ ފަހުން ދޭ ގޮތަށް ވިއްކުމެވެ. ޢަދި ربا النسيئة (ފަސްކުރާ ރިބާ) އަކީ މިއެވެ. އެހެނީ ތަފާތު ދެފައިސާ އެކަތި އަނެކެއްޗަށް ގަނެ ވިއްކުމުގެ ޝަރުޠަކީ އަތުން އަތަށް (ވަޤުތުން ވަޤުތަށް) އެކަން ކުރެވުމެވެ. އެއީ ނަބިއްޔު ﷺ އަރިހުން ދަލީލުވެގެންވާ ފަދައިންނެވެ: الذَّهَبُ بِالذَّهَبِ وَالْفِضَّةُ بِالْفِضَّةِ وَالْبُرُّ بِالْبُرِّ وَالشَّعِيرُ بِالشَّعِيرِ وَالْمِلْحُ بِالْمِلْحِ مِثْلًا بِمِثْلٍ يَدًا بِيَدٍ ، فَإِذَا اخْتَلَفَتْ هَذِهِ الْأَصْنَافُ فَبِيعُوا كَيْفَ شِئْتُمْ إذَا كَانَ يَدًا بِيَدٍ. މާނައަކީ: “ޢުބާދަތު ބިން އައްޞާމިތު ރިވާކުރެއްވިއެވެ. ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ރަނަށް ރަން ވިއްކާއިރު، އަދި ރިއްސަށް ރިހި ވިއްކާއިރު، އަދި ގޮދަނަށް ގޮދަން ވިއްކާއިރު، އަދި ހިމަގޮތަނަށް ހިމަގޮދަން ވިއްކާއިރު، އަދި ކަދުރަށް ކަދުރު ވިއްކާއިރު، އަދި ލޮނަށް ލޮނު ވިއްކާއިރު، ވިއްކަންވާނީ އެއާއި އެއްވަރެއްގެ އެއްޗަކަށް، ހަމަހަމައަށެވެ. އަދި މި ބާވަތްތައް ތަފާތުނަމަ، އަތުން އަތަށް ވިއްކަންޏާ ތިޔަބައިމީހުން ބޭނުންގޮތަކަށް ވިއްކާށެވެ.“ ރިވާކުރެއްވީ ޢުބާދަތަ ބުނުއް ޞާމިތުގެ ޙަދީޘް ތަކުން، މުސްލިމް ( 1578 ) ގައެވެ.
އަދި މިޒަމާނުގެ ފައިސާތަކީ ރަނާއި ރިހީގެ މަޤާމުގައިވާ ތަކެއްޗެވެ. އަދި އެއަށްވަނީ އެދޭއްޗަށް ވާ އަޙުކާމުތަކެވެ.
❌ދެވަނަ ޞިފަ: މުޢާމަލާތް ހިނގާ އިރު އެވެރިން އެކަމަށް އެއްބަސް ނުވެ އެހެނަސް ދަރަނި އަނބުރާ ދައްކާ ވަޤުތުގައި އެދެވެރިން އެނޫން ފައިސާއަކުން ދެއްކުމަށް އެއްބަސްވުމެވެ. އަދި އެވެރިން އެ އަދަދު ކުރަނީ ލޯނު ދިން ދުވަހުގެ ރޭޓުންކަމުގައި ވުމެވެ. އަދި މިއީވެސް ޙަރާމްވެގެންވާ ކަމެކެވެ. މިކަންތައް ވަނީ ކުރިން ބަޔާންވެވުނު ސޫރައިގެ ތެރެއިންނެވެ.
އަދި އޭގެ ޙަރާމް ކަމުގެ މައްޗަށް ފިޤުހުވެރީން ދަލީލު ދައްކަވާ ޙަދީޘަކީ، އަޙްމަދު (6239) އާއި އަބޫ ދާވޫދު (3354) އާއި އައްނަސާއީ (4582) އާއި އައްތިރުމިޛީ (1242) އާއި އިބްނު މާޖާ (2262) ގައި ރިވާކުރެއްވި އިބްނު ޢުމަރު رضي الله عنه ގެ މަޝްހޫރު ޙަދީޘެކެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ”ތިމަންކަލޭގެފާނު ދީނާރަށް ޖަމަލު ވިއްކައި އުޅުނީމުއެވެ. [އެބަހީ ފަހުންދައްކާ ގޮތަށެވެ.] އަދި ދިރުހަމުން (އޭގެ އަގު) ހޯދަމެވެ. އަދި ހަމައެފަދައިން ދިރުހަމުން ވިއްކައި ދީނާރުން ހޯއްދަވަމެވެ. އެހެންކަމުން ރަސޫލު ﷲ ﷺ އަރިހު އެކަމާއިމެދު ސުވާލު ދެއްނެވީމެވެ. ދެން ޙަދީޘް ކުރެއްވިއެވެ: ( لَا بَأْسَ أَنْ تَأْخُذَهَا بِسِعْرِ يَوْمِهَا مَا لَمْ تَفْتَرِقَا وَبَيْنَكُمَا شَيْءٌ ) ”އެ (ފައިސާ ދައްކާ) ދުވަހުގެ ރޭޓުން ހޯދާނަމަ، އޭގައި ގޯހެއް ނެތެވެ. އަދި އެކަމުން އަވަދިވާއިރު (އެމުޢާމަލާތުން ބައެއް) ނުނިންމައި ނުއޮންނަހާ ހިނދަކުއެވެ.“ އަދި އައްނަވަވީ އާއި އަޙްމަދު ޝާކިރު ފަދަ ޢިލްމުވެރިން މިޙަދީޘް ޞައްޙަ ކުރެއްވިއެވެ. އަދި އަދި އެނޫން ޢިލްމުވެރިން އެއީ އިބްނު ޢުމަރުގެ ބަސްކޮޅެއް ގެ ގޮތުގައި، އަދި ނަބިއްޔު ﷺ ގެ ޙަދީޘްކުރެއްވުމެއް ނޫން ގޮތުގައި ޞައްޙަ ކުރެއްވިއެވެ. އޭގެ ތެރޭގައި އަލްޙާފިޡު އިބްނު ޙަޖަރާއި އަލްއަލްބާނީ ހިމެނިލެއްވިއެވެ. އިތުރަށް ބަލާ: "إرواء الغليل" (5/173)
⚠️އަދި އެނޫން ސަބަބެއް ވެސް މިކަން ޙަރާމް ވުމުގައި ވެއެވެ. އެއީ ދަރަނި ދައްކާދުވަހުގެ ރޭޓަށް ވުރެ ބޮޑު އަދަދެއް ނަގާނަމަ، ތިބާގެ އަތުގައި ނެތް އެއްޗަކުން އިތުރު ފައިދާ އެއް ހޯދުނީއެވެ. އަދި ނަބިއްޔު ﷺ ވަނީ ނަހީ ކުރައްވާފަޔޭ: (عن ربح ما لم يضمن) އަތުގައި ނެތް އެއްޗަކުން ފައިދާ ހޯދުން.=
📝 ޙައިޟުވެރިޔާ މިސްކިތަށް ވަނުމުގެ ޙުކުމް
①
ފަޟީލަތުއް ޝެއިޚް / ސުލައިމާން ބުނު ނާޞިރް އަލްޢަލްވާން حفظه الله އަށް،
السلام عليكم ورحمة الله وبركاته
ދަރުސްތަކާއި ކުލާސްތަކުގައި ބައިވެރިވުމަށް ޙައިޟުގައި ވެއްޖެ އަންހެނެއް، މިސްކިތަށް ވަނުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟
بسم الله الرحمن الرحيم
ޖަވާބު: عليكم السلام ورحمة الله وبركاته
ޙައިޟުވެރިޔާ މިސްކިތަށް ވަނުމާއިމެދު ޢިލްމުވެރިން ޙިޔާލުތަފާތުވެލައްވާފައި ވެއެވެ. މިކަމުގައި ތިން ނަޒަރެއް ވެއެވެ.
🔘ފުރަތަމަ ނަޒަރަކީ: ޙައިޟުވެރިޔާ މިސްކިތަށް ވަނުން ހުއްދު ނޫން ކަމުގައެވެ. މިއީ މާލިކުގެ މަޛުހަބުގައި މަޝްހޫރު ބުނުމެވެ. އަދި އައްޝާފިޢީ އާއި އަހުލުއް ރައުޔުގެ ވެސްމެއެވެ. އަދި އަޙްމަދުގެ މަޛުހަބުގައިވާ ދެޤަޥްލުން ކުރެ އެއްޤަޥްލެވެ. އަދި މިބޭކަލުން މިބުނުމަށް ދަލީލު ނަންގަވާ ތަކެއްޗަކީ:
— އިތުރުއެކަލޭގެފާނުންގެ ޙަދީޘް ( إني لا أحل المسجد لحائض ولا جنب ) ”ޙައިޟުވެރިޔާ އާއި ޖުނުބުވެރިޔާ މިސްކިތަށް ވަނުން، ތިމަންކަލޭގެފާނު ހުއްދަ ނުކުރައްވަމެވެ.“
—އަދި ޢާއިޝަތުގެފާނަށް ޙަދީޘްކުރެއްވި މިބަސްފުޅެވެ: ( افعلي ما يفعل الحاج غير أن لا تطوفي بالبيت ) ”ގެފުޅުގައި ޠަވާފު ކުރުން މެނުވީ، ޙައްޖުވެރީން ކުރާ އެންމެހާ ކަމެއް ކަމަނާ ކުރައްވާށެވެ.“ އަދި މިޙަދީޘަކީ އޭގެ ޞައްޙަކަން އިއްތިފާޤު ޙަދީޘެކެވެ. (އެބަހީ: އަލްބުޚާރީ އާއި މުސްލިމް ގައެވެ.)
—އަދި އެބޭކަލުން ނަންގަވާ އަނެއް ދަލީލަކީ، ނަބިއްޔު ﷺ ޢީދު ނަމާދުގައި (ނަމާދުކުރާ ތަނުގައި) ޙައިޟުވެރިން ބައިވެރިވުން ނަހީ ކުރެއްވުމެވެ. އަދި މިޙަދީޘަކީ އޭގެ ޞައްޙަކަން އިއްތިފާޤު ޙަދީޘެކެވެ.
🔘ދެވަނަ ނަޒަރަކީ: ޙާޖަތް ތަކާއި ޟަރޫރީ ކަންކަމުގައި އަންހެނާ މިސްކިތަށް ވަނުން ހުއްދަކަމެވެ. އަދި މިއީ ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله އިޚްތިޔާރު ކުރެއްވި ރައުޔެވެ. އެއަށް ޙުއްޖަތް ނެންގެވީ، ކަޅުއަންހެނާގެ ވާހަކައިގައި އެކަނބުލޭގެއަށް ފޭލިގެއެއް ނަބިއްޔާ ޖެއްސެވިކަން އެނގޭންއޮތުމެވެ. އެއީ އަލްބުޚާރީ އެކަލޭގެފާނުގެ "ޞަޙީޙު" (3835) ގައި ރިވާކުރެއްވި ޙަދީޘެކެވެ. ޙިޝާމް ބުނު ޢުރުވާގެ ސަނަދުން އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން، ޢާއިޝަތުގެފާނު އަރިހުންނެވެ. މިބޭކަލުން ދަލީލުގައި ވިދާޅުވަނީ، ޝައްކެތް ނެތި އަންހެން މީހާ ޙައިޟުވާނޭ ހިނދުގައި، ރަސޫލު ﷲ ﷺ އެކަނބުލޭގެއަށް މިސްކިތު ތެރޭގައި ފޭލިގެއެއް ޖެހުމުން މަނައު ނުކުރައްވާކަމެވެ. އަދި މީގެ ދަށުން ޢިލްމީ ދަރުސްތަކާއި ފިލާވަޅުތަކާއި އެފަދަ ކަންކަމަށް ޙައިޟުވެރިޔާ މިސްކިތަށް ވަނުން ހިމެނެއެވެ.
=
❝ As for the the time of ʿIshā, it is the disappearance of the red twilight. However in built up areas, caution should be taken by [waiting] until the white-twilight⁽¹⁾ (disappears) because the red twilight can sometimes be hidden by buildings. So when the white twilight disappears, the disappearance of the red twilight becomes certain. This is the madhhab of the majority such as Mālik, al-Shāfiʿī and Aḥmad. As for Abū Ḥanīfah, he holds the twilight (period) to be the (disappearance of the) white [twilight]. ❞
— Shaykhul Islām Ibn Taymiyyah (Fatāwā 22/93)
~ Galandān
--------------
[1] White twilight is that which appears after the redness disappears and before complete darkness begins. This is a very short period.
✈️If you can remain steadfast, it's best to socialize with people.
Question: What is the authenticity of this ḥadīth:
«المؤمن الذي يخالط الناس ويصبر على أذاهم خير من المؤمن الذي لا يخالط الناس ولا يصبر على أذاهم»
“The believer who mixes with people and patiently bears their annoyance is better than the believer who does not mix with people or patiently bear their annoyance.”
Answer: This is a jayyid ḥadīth (It means, it's chain is Ḥasan Ṣaḥīḥ). Also in Muslim it is narrated that the Prophet ﷺ said:
«الْمُؤْمِنُ القَوِيُّ، خَيْرٌ وَأَحَبُّ إلى اللهِ مِنَ المُؤْمِنِ الضَّعِيفِ، وفي كُلٍّ خَيْرٌ احْرِصْ على ما يَنْفَعُكَ، واسْتَعِنْ باللَّهِ وَلا تَعْجَزْ، وإنْ أَصابَكَ شيءٌ، فلا تَقُلْ لو أَنِّي فَعَلْتُ كانَ كَذا وَكَذا، وَلَكِنْ قُلْ قَدَرُ اللهِ وَما شاءَ فَعَلَ، فإنَّ لو تَفْتَحُ عَمَلَ الشَّيْطانِ»
“A strong believer is better and dearer to Allah than a weak one, and both are good. Adhere to that which is beneficial for you. Keep asking Allah for help and do not refrain from it. If you are afflicted in any way, do not say: 'If I had taken this or that step, it would have resulted into such and such,' but say only: 'Allah so determined and did as He willed.' The word 'if' opens the gates of satanic thoughts.”
This is a ḥadīth recorded by Muslim in his Ṣaḥīḥ.⁽¹⁾
And the ḥadīth in question is a ḥadīth recorded by Al-Tirmidhī and others.⁽²⁾ (“The believer who mixes with people and patiently... the ḥadīth) — this is a Ḥasan ḥadīth. ❞ — End.
— Al-Shaykh Al-Muḥaddith Sulaymān bin Nāṣir Al-ʿAlwān (text)
----------------
💎 I say: Ibn Wazīr al-Yamānī (840 AH) explained this saying: “Let those who seclude adhere to the truth: that seclusion is only the worship of the weak, who are the prey of the Shaytān when they mix with the people, as for the people of strength and high status they are those that are not harmed by mixing with people, rather the people are corrected by them mixing with them, they fulfill their rights (the rights of those who they mix), teach their ignorant, help their weak, support the rightful, defeat the wrongful. And one good deed of theirs may be better than all the deeds of the one who remain in isolation.”
#حديث_صحيح
~ Galandān ✍
------------------------
[1] Narrated by Aḥmad (2/366, no. 8777), Muslim (4/2052, no. 2664), and Ibn Mājah (2/1395, no. 4168). Additionally: al-Ḥumaydī (2/474, no. 1114), An-Nasaʾī in "al-Kubrā" (6/159, no. 10457), Abū Yaʿlā (11/124, no. 6251), Ibn Ḥibbān (13/28, no. 5721), and in al-Ḥākim (1 /404), Ad-Daylamī (4/187, no. 580), and al-Bayhaqī (10/89, no. 19960).
[2] The narration "From an old man" among the Companions: In At-Tirmidhī (no. 2507) and Aḥmad (5/365, no. 23147), and al-Bayhaqī (10/89, no. 19962). Also: Ibn Abī Shaybah (5/293, no. 26220). As for ḥadīth of Ibn 'Umar: It was narrated by al-Ṭabarānī in "al-Awsaṭ" (6/109, no. 5953), and al-Bayhaqī (10/89, no. 19961). Also: At-Tayālisī (p. 256, no. 1876), Abū Nuʿaym in al-Ḥilyā (5/62), and Ibn Qāniʿ (2/83)
އަނިޔާވެރިކަމާމެދު ހަނު ހުރުމަކީ އެފާފައި ގައި ބައިވެރިވެ ވުމެކެވެ. އަދި އޭގެ ޢުޤޫބާތުގައިވެސް ބައިވެރިވެވުމެކެވެ. ފަހެ ޙަދީޘްފުޅުގައިވެއެވެ: «إِنَّ النَّاس إِذا رَأَوُا الظَّالِمَ فَلَم يَأْخُذُوا عَلَى يَدَيه أَوشَكَ أَنْ يَعُمَّهُمُ اللهُ بِعِقَابٍ مِنْهُ» ”މީސްތަކުންނަށް އަނިޔާވެރިއެއް ފެނި، އޭނާގެ އަތުގައި ހިފައި ނުހުއްޓަވައިފިނަމަ ، اللٌــه އެއިލާހުގެ ޢުޤޫބާތެއް އެއެންމެންނަށް ޖެއްސެވުން ގާތްވެގެންވެއެވެ.“ — އައްޠަރީފީ
💎 ކުޅަދާނަވެގެންވާ މީހާ ވީމިންވަރަކުން ފިޤުހުވެރިވުން ވާޖިބެވެ. އަދި އަވަދިނެތިވެއްޖެ މީހާ ތަޤްލީދުކުރުން ހުއްދައެވެ.
❞ ދެޞަޙީޙު ގައި ނަބިއްޔު ﷺ އަރިހުން ޘާބިތުވެފައިވެއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ:
«مَنْ يُرِدِ اللَّهُ بِهِ خَيْرًا يُفَقِّهْهُ فِي الدِّينِ» ”ﷲ އެކަލާނގެ އަަޅަކަށް ހެޔޮގޮތް އިރާދަކުރައްވާ ނަމަ ، އެއަޅަކަށް ދީނުގެ ފިޤުހު (ޢިލްމާއި ވިސްނުމާ ފަހުމްް) ދެއްވައެވެ.“
❕ސުންނަތް ނަމާދު ތަކުގެ ތެރެއިން ޤަޟާއު ކުރެވުން ވަނީ ރަވާތިބު ތަކާއި ވިތުރިއެވެ.
❞ ޤަޟާއު ކުރުމުގެ ވާޖިބު ކަނޑައެޅިގެންވަނީ ފަރުޟު ނަމާދު ތަކަށެވެ. ދެންފަހެ ނަވާފިލު ނަމާދުތަކުން ސުންނަތް ވެގެންވަނީ ރަވާތިބު ސުންނަތްތަކާއި ވިތުރި ޤަޟާއު ކުރުމެވެ. އަދި ފާއިތުވެ (ޤަޟާއު ކުރަން ޖެހޭ) ފަރުޟު ނަމާދުތައް ގިނަ ނަމަ، އައުލާވެގެންވަނީ އޭގެ ރަވާތިބުތައް ޤަޟާއު ކުރުން ދޫކޮށްލުމެވެ. މިއީ ފަތިސް ނަމާާދުގެ ސުންނަތް މެނުވީއެވެ. އެހެންކަމުން ފާއިތުވި ނަމާދުތައް ގިނައިން ހުއްޓަސް އެ ޤަޟާއު ކުރާނީއެވެ. އަދި ފާއިތުވެފައިވާ ފަރުޟުތަކެއް ގިނައިން ހުރުމާއިއެކު ވިތުރި ޤަޟާއު ކުރުން ހުރެއްޖެނަމަ، އެކަމުގައި އިޚްތިޔާރުވެއެވެ. (އެވިތުރިތަށް ނުކޮށް ދޫކޮށްލުމާއި ކުރުމުގެ މައްޗަށެވެ.) އަދި ފާއިތުވި ނަމާދުތައް މަދުނަމަ މުސްތަޙައްބުވެގެންވަނީ، ވިތުރި ޤަޟާއު ކުރުމެވެ. ❝
— ޞާލިޙް އަލްޢުޞައިމީ
~ ގަލަންދާނު
💎 ❞ ފާފަތައް ފުހެވުމީ ކޮންމެ މުސްލިމެއްގެ ލަނޑުދަނޑިއެވެ. އަދި ކޮންމެ މުއުމިނެއްގެ އެދުމެވެ. އެހެނީ އަޅެއްގެ ފާފަ އޭނާގެ ރައްބު عز وجل ފުއްސެވުމުގައި، ދުނިޔެއާއި އާޚިރަތުގެ އުފާ ފާގަތިކަން އޭނާއަށް ވެއެވެ.
ﷲ تعالى ވަޙީކުރެއްވިއެވެ: {وَسَارِعُوا إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ} (އަދި، ތިޔަބައިމީހުންގެ ރައްބުގެ حضرة ން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، تقوى ވެރިންނަށެވެ.) [آل عمران 133]
އަދި އަބޫ ހުރައިރާ رضي الله عنه އަރިހުން ވެއެވެ: ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ: «إنَّ المفلسَ من أمَّتي، يأتي يومَ القيامةِ بصلاةٍ وصيامٍ وزكاةٍ، ويأتي قد شتم هذا، وقذف هذا، وأكل مالَ هذا، وسفك دمَ هذا، وضرب هذا، فيُعطَى هذا من حسناتِه وهذا من حسناتِه، فإن فَنِيَتْ حسناتُه قبل أن يقضيَ ما عليه، أخذ من خطاياهم فطُرِحت عليه ثمَّ طُرِح في النَّارِ» — ރިވާކުރެއްވީ މުސްލިމް އެވެ. (މާނައީ) ”ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތުގައި ބަނގުރޫޓުވެފައިވާ މީހަކީ، ޤިޔަމާތްދުވަހު (ﷲގެ ޙަޟްރަތަށް) އަންނައިރު ނަމާދާއި، ރޯދައާއި، ޒަކާތާއި، (މިފަދަ ހެޔޮޢަމަލުތަކާއިގެން އަންނަހިނދު ދުނިޔެމަތީގައި) މިވެނި މީހާއަށް މަލާމަތްކޮށްފައި، އެވެނި މީހާގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވާފައި، މިވެނި މީހާގެ މުދާ ކައިފައި، އެވެނި މީހާގެ ލޭ އޮހޮރުވާފައި، މިވެނި މީހާގެ ގައިގައި ޖަހާފައި، އަންނަ މީހާއެވެ. ދެންފަހެ އޭނާގެ ހެޔޮ ޢަމަލުތައް މިވެނި އެވެނި މީހަކަށް ދީފައި، އޭނާގެ ހެޔޮ ޢަމަލުތައް ހުސްވާއިރުވެސް އޭނާގެ ފަރާތުން އަނިޔާ ލިބިފައިވާ މީހުންގެ ޙައްޤު އަދާ ނުވާތީ، އެންމެ ފަހުން އެމީހާގެ ނުބައިކަންތައްތައް ބޮލުއަޅަންޖެހޭ މީހާއެވެ. ދެންފަހެ އޭނާ ނަރަކައިގެ ތެރެއަށް އެއްލާލެވޭނެތެވެ.“
އެހެންކަމުން މީސްތަކުންނަށް އޯގާތެރިވުމާއި، އެއުރެންނަށް ފަސޭހަކޮށް ދިނުމާއި، އެއުރެންގެ ކަންބޮޑުވުންތައް ފިލުވައިދިނުމާއި، އެއުރެންގެ ޙާޖަތްތައް ފުއްދައިދިނުމާއި، އެވެރިންނަށް ދުއްތުރާ ކުރުމުން މިންޖުވުމަކީ އަޅަކަށް ﷲ މަޣްފިރަތް ލެއްވުމުގެ ސަބަބުތަކެވެ. ❝
— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)
~ ގަލަންދާނު
⚠️❔ ރޯދަ ވީއްލުން ވަނީ ކޯޗަކުން ހެއްޔެވެ؟
❞ ރޯދަވެރިޔާ ރޯދަވީއްލުން ވަނީ (الرطب) ދޮން ކަދުރުން ނެވެ. އެ ނުލިބިއްޖެނަމަ ދެން (التمر) ހިކި ކަދުރުންނެވެ. އަދި އެވެސް ނުލިބިއްޖެނަމަ ދެން ފެނުންނެވެ. އަދި މިކަމުގައި އޮތް ދަލީލަކީ، އަނަސް ބުނު މާލިކުގެ އަރިހުން އަބޫދާވޫދާއި އައްތިރުމިޛީގައި ވާރިދުވެފައިވާ ޙަދީޘެވެ: (كان رسول الله صلى الله عليه وسلم يفطر على رطبات قبل أن يصلي فإن لم يكن رطبات فعلى تمرات فإن لم تكن حسا حسوات من ماء) ”ނަބިއްޔު ﷺ ނަމާދުކުރެއްވުމުގެ ކުރިން ދޮން ކަދުރުން ފަރީއްކުޅުއްވައެވެ. ދޮން ކަދުރު ނެތްނަމަ، ހިކި ކަދުރު ކޮޅަކުންނެވެ. ހިކި ކަދުރު ނެތްނަމަ، ފެން ފޮދެއް ހިއްޕަވައެވެ“.
⚠️އަދި އޭގެ ސަނަދުގައި އެހާބޮޑު މައްސަލައެއްގައި ނެތެވެ. ( لا بأس به). އެހެނަސް މިއީ އެއް އަޞްޙާބެއް އަރިހުން އެންމެ ރާވީއެއް ސަނަދުގައި އެކުލެވޭހެން އައިސްފައިވާ (غريب فرد) ޙަދީޘެކެވެ.⁽¹⁾
✅ އަދި މި ޙަދީޘަށްވުރެ ވަރުގަދައީ އަދި ޞައްޙަކަން ބޮޑީ ސަލްމާން ބުނު ޢާމިރުއް ޟައްބީ އަރިހުން ވާރިދުވެފައިވާ ޙަދީޘެވެ. ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ (إذا أفطر أحدكم فليفطر على تمر فإن لم يجد فليفطر على ماء فإنه طهور) ”ތިޔަބައިމީހުންކުރެ މީހަކު ރޯދައަށްހުރެއްޖެނަމަ އެމީހާ ކަދުރުން ރޯދަ ވީއްލާހުށިކަމެވެ. ދެންފަހެ ކަދުރުން ރޯދަވީއްލާން ނުލިބިއްޖެނަމަ ފަހެ ފެނުން ރޯދަވީއްލާހުށިކަމެވެ. ފަހެ އެއީ ޠާހިރު ކުރާ އެއްޗެކެވެ. ❝
— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)
~ ގަލަންދާނު
ـــــــــــــ
[1] އަލްޢަލްވާން މިޙަދީޘާއި މެދު ވިދާޅުވިއެވެ: ❞(އަނަސްގެ) ޙަދީޘު މަޢުލޫލެވެ. ޞައްޙަވެގެން ނުވެއެވެ. އަދި އެއަށްވުރެ ޞައްޙަކަން ބޮޑީ ސަލްމާން ގެ ޙަދީޘެވެ...❝ އައްޠަރީފީ ވިދާޅުވިއެވެ: ❞ނަބިއްޔު ﷺ (ދޮން ކަދުރުން) ރޯދަ ވީއްލެވި ކަމަށް އޮތް އަނަސްގެފާނުގެ ޙަދީޘަކީ މުންކަރު ޙަދީޘެކެވެ. އަބޫ ޙާތިމް އާއި އަބޫ ޒުރްޢާ އާއި އަލްބައްޒާރު އަދި އެނޫން ބޭކަލުން އެ މުންކަރު ކުރެއްވިއެވެ. އަދި ޞައްޙައީ ޢާންމު މާނައިގައި ”ކަދުރުން“ ރޯދަވީއްލެވިކަމެވެ. އެބަހީ ދޮންކަދުރާއި އެނޫން ކަދުރުގެ އެންމެހާ ޒާތެކެވެ.“ (ބަސްކޮޅު)
④
6⃣ ނުބައިކޮށް ދެކުމުގެ ސަބަބުން ލައިގަންނަ މުޞީބާތްތައް ހަނދުމަކުރުން
މީސްތަކުންނާއިމެދު ނުނިޔަތްލާ މީހާގެ ޙަޔާތަކީ ނިމުނެއްނަތް ހިތްބުރަކަމާއި ކަންބޮޑުވުމުގެ ޙަޔާތެކެވެ. އަދި އޭނާގެ ދިރުއުޅުމުގެ ވަށައިގެންވާ އެންމެން އޭނާއާއި ވަކިވުން ކޮބައިހެއްޔެވެ؟ އެއީ އޭނާއާއި އެންމެ ގާތް މީސްތަކުންވެސް މެއެވެ. އެހެނީ ކުށްކުރެވުމަކީ އިންސާނީ އާދައެކެވެ. އެއީ ޤަޞްދަކާއި ނުލައި ވިޔަސްމެއެވެ. ނުނިޔަތް ލުމުގެ މުސީބަތްތަކުގެ ތެރެއިން އަނެއްކަމަކީ، އެކަން ކުރާ މީހާ އަނެކުންނަށް ތުހުމަތުކުރުމުގައި ދެމިހުރެ، އެއާއި އެކު އަމިއްލަ ނަފުސަށް ހެޔޮކޮށް ދެކުމުގައި ވުމެވެ. މިއީ ﷲ ނަހީ ކުރެއްވި އަމިއްލަ ނަފުސު މާތް ކުރުމުގެ ތެރެއިން ވާ ކަމެކެވެ.
﴿فَلَا تُزَكُّوٓاْ أَنفُسَكُمۡۖ هُوَ أَعۡلَمُ بِمَنِ ٱتَّقَىٰٓ ﴾ [النجم:32]. (ފަހެ، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް ތާރީފުކޮށް فخر ވެރިނުވާށެވެ! تقوى ވެރިވީމީހުންގެ ކަންތައް އެކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ.)
އަދި އެނޫން ދަނޑިވަޅެއްގައި އެކަލާނގެ سبحانه ޔަހޫދީންނާއިމެދު މިކަންތަކަށް އިންކާރު ކުރައްވައި ވަޙީ ކުރެއްވިއެވެ:
﴿أَلَمۡ تَرَ إِلَى ٱلَّذِينَ يُزَكُّونَ أَنفُسَهُمۚ بَلِ ٱللَّهُ يُزَكِّى مَن يَشَآءُ وَلَا يُظۡلَمُونَ فَتِيلًا ﴾ [النساء:49]. (ތިމާމެންގެ އަމިއްލަ نفس ތަކަށް ތާރީފުކުރާ މީހުން، ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ އަދި ކިއެއްތަ! اللَّه، އެކަލާނގެ އިރާދަކުރެއްވި މީހަކަށް ތާރީފުކުރައްވަތެވެ. އަދި، ކިތަންމެކުޑަ މިންވަރަކުން ވިޔަސް، އެއުރެންނަށް ބޭއިންސާފެއް ނުކުރައްވާނެއެވެ.)
ހަމަކަށަވަރުން މީސްތަކުންނަށް ހެޔޮކޮށް ދެކުން އަށަގެންނެވުމަށްޓަކައި ހަވާނަފުސާއި ދެކޮޅަށް ގަދައަޅައި މަސައްކަތް ކުރަން ޖެހެއެވެ. ވަކިން ޚާއްޞަކޮށް ޝައިޠާނާ އާދަމުގެ ދަރިޔާގެ ހަށިގަނޑުގައި ލޭ ދައުރުވާފަދައިން ދައުރުވާކަމުންނެވެ. މުއުމިނުން ދެމެދު ބައިބައިކޮށް އެދެމެދުގައި ދެބަސްވުން އުފެއްދުމަށް މަސައްކަތް ކުރުމުން އޭނާ ވަރުބަލިކަމެއް ނެތި ދެމިހުރެއެވެ. އަދި މުސްލިމުންނާއި މެދު ހެޔޮކޮށް ދެކުމަކީ ޝައިޠާނާގެ މަގު ބަންދު ކުރުމުގެ އެންމެ ބޮޑު އެއްވަޞީލަތް ކަން ދެނެގަންނާށެވެ.
رزقنا الله قلوبا سليمة، وأعاننا على إحسان الظن بإخواننا
ސަލާމަތްތެރި ހިތެއް ﷲ އަހަރެމެންނަށް މިންވަރު ކުރައްވާށިއެވެ. އަދި އަހަރެމެންގެ އަޚުންނާއިމެދު ހެޔޮކޮށްދެކުމަށް އެއިލާހު އަހަރެމެންނަށް ވާގިވެވޮޑިގަންނަވާށިއެވެ.
والحمد لله رب العالمين
— މިލިޔުމުގެ މަޞްދަރު (ޢަރަބި | English)
~ ގަލަންދާނު ✍
ـــــــــــــــــــ
ނޯޓް: އަބޫ ޙާތިމް އިބްނު ޙިއްބާން އަލްބުސްތީ (354 ހ.) ވިދާޅުވިއެވެ" ބުއްދިވެރިޔާގެ މައްޗަށް ވާޖިބުވެގެންވަނީ މީސްތަކުންގެ މައްޗަށް ޖާސޫސްކުރުމުން ދުރުވެ ތިމާގެ އަމިއްލަ ނަފްސުގެ ޢައިބުތައް އިޞްލާޙުކުރުމުގައި މަޝްޣޫލުވެ ސަލާމަތްކަން ހޯދައި ރައްކާތެރިވެ ހުރުމެވެ . އެހެނީ މީހުންގެ ޢައިބުތައް ހޯދުމުގެ ބަދަލުގައި ތިބާގެ ޢައިބުތައް ހޯދައި އިޞްލާޙުކުރުމުގައި އަވަދިނެތި އުޅޭމީހާ އޭނާގެ ހަށިގަނޑަށް އަރާމުހޯދައިފިއެވެ. އަދި އޭނާގެ ހިތަށް ދަތި އުނދަގޫ ކުރުމުން ރައްކާތެރި ވެގެންފިއެވެ. ތިމާގެ ނަފްސުން ޢައިބެއް ފެންނަ ކޮންމެފަހަރަކު އަނެކާގެ ނަފްސުން ފެންނަ ޢައިބުތައް އެއީ ބޮޑު އެއްޗެއްކަމުގައި އެފަދަ މީހާ ނުދެކޭނެއެވެ. އެހެނީ ތިމާގެ ނަފްސުގެ ޢައިބުތައް ދޫކޮށް އަނެކުންގެ ޢައިބުތަކައިގެން މަޝްޣޫލުވެއްޖެމީހާގެ ލޯ ކަނުއެއްޗެއް ފަދައިން ވެދާނެތެވެ. އަދި އެފަދަ މީހާގެ ހައްޓަށް ބަލިކަމާއި ބުރަކަން ދޭނެތެވެ. އަދި އެހިދުން ތިބާގެ ނަފްސުގެ ޢައިބުތައް ހޯދައި އިޞްލާޙުކުރުމަށް ޢުޛުރުވެރި ވާނެތެވެ. [روضة العقلاء (ޞ. 131)]
އަދި ސުފްޔާން ބުނު ޙުސައިން (153 ހ.) ވިދާޅުވިއެވެ." ތިމަންނަ އިޔާސް ބުނު މުޢާވިޔާ (122 ހ.) ގާތުގައި މީހެއްގެ ނުބައިވާހަކަ ބުނީމެވެ. އެހިނދު ތިމަންގެ މޫނަށް ބައްލަވައި ވިދާޅުވިއެވެ. ތިބާ ރޫމުކަރައާއި ހަނގުރާމަކޮށްފިން ހެއްޔެވެ؟ ތިމަން ދެންނެވީމެވެ. ނޫނެކެވެ. ދެން ވިދާޅުވިއެވެ." ސިންދު ކަރައާއި ހިންދުކަރަ އަދި ތުރުކީ އާއި ހަނގުރާމަކޮށްފިން ހެއްޔެވެ؟ ތިމަން ދެންނެވީމެވެ. ނޫނެކެވެ. ވިދާޅުވިއެވެ. " ކަލޭގެ ކިބައިން ރޫމްކަރަ އާއި ސިންދުކަރައާއި ހިންދުކަރަ އަދި ތުރުކީވިލާތް ސަލާމަތްވިއިރު ކަލޭގެ މުސްލިމު އަޚާ ކަލޭގެ ނުބައިކަމުން ސަލާމަތް ނުވިއެވެ. އޭނާ ބުންޏެވެ" ދެން ތިމަންނަ އެފަދަ ކަމެއް ނުކުރަމެވެ. (މަޞްދަރު: އިބްނު ކަޘީރުގެ "البداية والنهاية" 13/121)
②
❤️ حسن الظن އަށަގެންނެވުމަށް އެހީވެދޭ ވަޞީލަތްތައް:
މިތާގައި މިބަޔާން ކޮށްލަނީ އަނެކުންނަށް ހެޔޮކޮށް ދެކުމަށް މުސްލިމަކަށް ވާގިވެރިވެދޭ ވަސީލަތް ތަކެވެ. އޭގެތެރޭގައިވަނީ:
1⃣ ދުޢާ:
އެހެނީ މިއީ އެންމެހާ ހެވެއްގެ ދޮރާއްޓެވެ. އަދި ހަމަކަށަވަރުން ނަބިއްޔު ﷺ އެކަލޭގެފާނުގެ ވެރި ރައްބުގެ އަރިހުން ސަލާމަތް ހިތަކަށް ދުޢާ ކުރައްވައި ހެއްދެވިއެވެ. ⁽²⁾
2⃣ އަނެކުންގެ ޙާލަތަށް ތިމާގެ ނަފުސު ތިރިކުޅައުން:
އެމީހެއްގެ އަޚާ ކަމެއް ކުރާ ހިނދު ނޫނީ ބަހެއް ބުނާހިނދު، އަހަރެމެން ތެރެއިން ކޮންމެ މީހެއްވެސް އެއަޚެއްގެ ޙާލަތަށް އަހަރެމެންގެ ނަފުސު ލައިފިނަމަ، މީގެ ސަބަބުން އަނެކުންނަށް ހެޔޮކޮށް ދެކެވޭނެއެވެ. އަދި ﷲ سبحانه ވަނީ އެއިލާހުގެ އަޅުތަކުންނަށް މިކަމަށް މަގުދައްކަވާފައެވެ. އެއީ މިވަޙީއިންނެވެ:
﴿لَّوۡلَآ إِذۡ سَمِعۡتُمُوهُ ظَنَّ ٱلۡمُؤۡمِنُونَ وَٱلۡمُؤۡمِنَٰتُ بِأَنفُسِهِمۡ خَيۡرًا...﴾ (އެވާހަކަ ކަލޭމެން އެހިހިނދު مؤمن ފިރިހެނުންނާއި مؤمن އަންހެނުން އެމީހުންގެ އަމިއްލަ نفس ތަކަށް (އެކަކު އަނެކަކަށް) ހެޔޮގޮތަކަށް ހީނުކުރީ ކީއްވެގެންހެއްޔެވެ؟ ހެޔޮގޮތަކަށް ހީކުރިނަމައެވެ...) [النور:12]. މިގޮތުން ﷲ ވަނީ އެއިލާހުގެ މުއުމިނު އަޅުތަކުން އެއްހަށިގަނޑެއް ފަދައިން ރަމްޒުކޮށްދެއްވާފައެވެ. އަދިކިއެއްތަ؟ މިއީ އޭގެ ތެރެއިން އެކަކު އަނެކަކާއި ބައްދަލުވެ ސަލާމް ގޮވާހިނދު އެސަލާމް ގޮވެނީ އަމިއްލަ ނަފުސުގެ މައްޗަށް ކަމުގައި ވަޙީކުރެއްވުމާއި ހަމައަށެވެ :
﴿فَإِذَا دَخَلۡتُم بُيُوتًا فَسَلِّمُواْ عَلَىٰٓ أَنفُسِكُمۡ..﴾ (ފަހެ، ތިޔަބައިމީހުން ގޭގެއަށް ވަންނައިރު، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް ތިޔަބައިމީހުން سلام ކުރާށެވެ!) [النور:61]
3⃣ އެބަހެއް އޭގެން ދޭހަކުރެވޭނޭ އެންމެ ހެޔޮ މާނައެއްގައި ނެގުން
މިއީ ސަލަފުންގެ އާދަކާދައެވެ. رضي الله عنهم.
ޢުމަރު ބުނުލް ޚައްޠާބު رضي الله عنه ވިދާޅުވިއެވެ:
(ولا تظنن بكلمة خرجت من أخيك المؤمن إلا خيراً، وأنت تجد لها في الخير محملا ) ”ތިބާގެ މުއުމިނު އަޚާގެ ކިބައިން ބޭރުވެއްޖެ ކަލިމައަކާމެދު އެބަހުގައި ކިރިޔާވެސް ހެވެއް އެކުލެވިދާނެފަދަ މާނައެއް އޮތްހާ ހިނދަކު ހެޔޮގޮތަކަށް މެނުވީ ހީނުކުރާށެވެ!“ ⁽³⁾
އިމާމް އައްޝާފިޢީ رحمه الله އަށް ނިކަން ބަލާށެވެ. އެއްފަހަރެއްގައި އެކަލޭގެފާނު އާލާސްވެވަޑައިގަތުމުން އެކަލޭގެފާނުގެ ބައެއް އަޚުން ޒިޔާރަތް ކޮށް އޭގެ އެކަކު އެކަލޭގެފާނަށް ވިދާޅުވިއެވެ: (قوى الله ضعفك) ”ތިބާގެ ބަލިކަށިކަން، ﷲ ގަދަކުރައްވާށިއެވެ.“ ޝާފިޢީގެފާނު އެހިނދު (ސަމާސާގައި) ވިދާޅުވިއެވެ: ”އެއިލާހު އަހަރެންގެ ބަލިކަށިކަން ގަދަކުރައްވަނީނަމަ އަހަރެން މަރުގަންނަވާފާނެއެވެ.“ އެބޭކަލަކު ވިދާޅުވިއެވެ: ﷲ ގަންދީ ބުނަމެވެ. އަހަރެން ހެވަށް ނޫނީ ނިޔަތް ނުގަންނަމެވެ. ދެން އައްޝާފިޢީ ވިދާޅުވިއެވެ: ”ތިބާ އަހަރެންނަށް ބަދުބަހެއް ބުނިނަމަވެސް، ހެވަކަށް ނޫނީ ނިޔަތް ނުގަންނަ ކަން އަހަރެން ދެނެހުންނަހުށީމެވެ.“ ⁽⁴⁾
ފަހެ ޙަޤީޤީ އުޚުއްވަތްތެރިކަން ވަނީ މިފަދައިންނެވެ. އެއީ ހެޔޮގޮތަކަށް މާނަކުރެވެން ނެތް ބަހެއްވެސް އަޚުންނާއި މެދު ހެޔޮކޮށް ދެކި ނިންމުމެވެ.
ـــــــــــــــــ
[2] އޭގެ ތެރޭގައި އަޙްމަދު (17155) އާއި އައްތިރުމިޛީ (3407) އަދި އައްނަސާއީ (1304) ގައި ރިވާކުރެއްވީ ދުޢާ : ( اللهم إني أسالك الثبات في الأمر ...) ހިމެނެއެވެ. (މީގެ ތަފްޞީލަށް ”އިސްލާމް ސުވާލާއިޖަވާބު“ ގެ 101263 ވަނަ ފަތުވާއަށް ރުޖޫޢަވާށެވެ.)
[3] الدر المنثور (7/566)
[4] އިބްނު ޢަބްދުލް ބައްރު ގެ الانتقاء في فضائل الأئمة الثلاثة الفقهاء (ޞ. 94) އަދި ތާޖުއްދީން އައްސުބުކީ "طبقات الشافعية الكبرى" ގެ (2/ 135) ގައި.