🌕 މެދުފޮއިރޯދަ ހިފުމަށް ވާރިދުވެފައިވާ ރިވާޔަތްތަކަށް އަވަސް ބަލައިލުމެއް
”އައްޔާމުލް ބީޟް“ ގެ ރޯދަ ނުވަތަ މެދުފޮއިރޯދަ⁽¹⁾ ހިފުން މަރްފޫޢުކޮށް ޞައްޙަވުމާއިމެދު ޢިލްމުވެރިން ޚިލާފުވެފައިވެއެވެ. އެބަހީ ނަބިއްޔު ﷺ ގެ ބަސްފުޅުން އެކަން ޘާބިތުވުމާއި މެދުގައެވެ.
އިބްނު ޙިއްބާން އާއި ޙާކިމް އާއި އެނޫން ބޭފުޅުން އެ ރިވާޔަތް ސައްޙަ ކަމަށް ވިދާޅުވިއެވެ.
⚠️އެހެނަސް އެރިވާޔަތުގައި ހާމަނޫން ބަކިކަށިކަމެއް އެކުލެވެއެވެ.
އިބްނު ޙަޖަރު އެ ރިވާޔަތް ޞައްޙަ ކުރެއްވި އިރު ވިދާޅުވީ، ޞައްޙައީ އަބޫ ޛައްރު އަރިހުން ވާ ރިވާޔަތް "މަޥްޤޫފު ގޮތުގައި" ކަމަށެވެ.
އެބަހީ އަބޫ ޛައްރު ފަރާތުން ނަބިއްޔު ﷺ އަށް ނިޞްބަތް ކުރައްވައި "ނަބިއްޔު ﷺ އަމުރު ކުރެއްވިޔޭ..." މިހެން ޞައްޙަވެފައި ނެތުމެވެ. ޞައްޙަ ވެފައިވަނީ އަބޫ ޛައްރު އެ 3 ދުވަހު ރޯދަ ހިއްޕަވާކަމެވެ.
⚠️އައްނަސާއީ ރިވާކުރެއްވި މަރްފޫޣު ރިވާޔަތުގެ ވެސް ހާމަނޫން ބަލިކަށިކަމެއް ވާކަމަށް އިޝާރަތް ކުރެއްވިއެވެ. އަދި ޞައްޙަ ކަމުގައި ވަރުގަދަ ބައެއް ރިވާޔަތާއި މިރިވާޔަތް ތަޢާރުޟުވުން ވެސް ހިމެނެއެވެ.
ފުރަތަމަ ކަމަކަށް މި ރިވާޔަތުގައި ވާ ޔަޙްޔަާ ބިން ބައްސާމް އެހާ ވަރުގަދައެއް ނޫނެވެ. އެހެނަސް އިބްނު ޙިއްބާން އޭނާ "އިތުބާރުވާ މީހުން" ތެރޭ ކަނޑައަޅުއްވައި، އަބޫ ދާވޫދު އޭނާގެ "އެހާބޮޑު މައްސަލަޔެއް ނެތޭ" (لا بأس به) ވިދާޅުވި ވިދާޅުވުމަށް —ބަޙުޘަށްޓަކައި ބަލައި —މިރިވާޔަތް ޞައްޙަ ކަމަށް ބުންޏަސް: ސަނަދުގައި ދެން ހިމެނޭ: މޫސާ ބުނު ތަލްޙާ އާއިމެދު ވެސް ޚިލާފުވެއެވެ.
އައްނަސާއީ މިކަމަށް އިޝާރަތް ކުރެއްވިއެވެ. އެހެނީ އައްނަސާއި ގައި މޫސާ ބުނު ތަލްޙާގެ މަގުން އަބޫ ހުރައިރާ އަރިހުން ސަނަދު (ބޭރުފުށަށް) އެއްކޮށް ޞައްޙަ ގޮތުގައި މި ރިވާޔަތް ވާރިދުވެފައިވެއެވެ.
އޭގައި އެކުލެވުނު އަނެއް ހާމަނޫން ބަލިކަށިކަމަކީ: އަބޫ ހުރައިރާ މަހެއްގެ 3 ރޯދަ ހިއްޕަވަނީ އެމަސް ފެށުމުގައި ކަމަށް، އަޙުމަދުގައިވާ ރިވާޔަތެވެ. އެގޮތުން އައްނަސާއި ގެ ޙަދީޘް ދެބަސްވުންތަކާއި އެކު ބޭރުފުށަށް ޞައްޙަކަމަށް ނިންމިޔަސް، އަބޫ ހުރައިރާގެ ޢަމަލު ވަނީ އެޔާއި ޚިލާފަށެވެ.
⬆️ މިގޮތުން މެދުފޮއިރޯދައިގެ ޙަދީޘްތަކާއިމެދު އިލްމުވެރިން ދެބަސްވެ ލެއްވިއެވެ. އަދި އިމާމް މުސްލިމް އެކަލޭގެ ފާނުގެ "ސަޙީޙް" (1160) ގައި މުޢާޛަތުލް ޢަދަޥިއްޔާ އަރިހުން އެކަމަނާ ޢާއިޝަތުގެފާނާއި ސުވާލު ކުރެއްވި ކަމަށްވެއެވެ: ނަބިއްޔާ ކޮންމެ މަހަކު 3 ދުވަހު ރޯދަ ހިއްޕަވާތޯ އެވެ؟ ޢާައިޝާ ވިދާޅުވިއެވެ "އާއެކެވެ." ތިމަން ދެންނެވީމެވެ: އެކަލޭގެފާނު ރޯދަ ހިއްޕެވީ މަހުގެ ކޮން ދުވަސް ތަކެއްގައި ތޯއެވެ؟ ޢާައިޝާ ވިދާޅުވިއެވެ: ”އެކަލޭގެފާނު ވަކި މިވެނި ދުވަހެއް ރޯދަ ހިއްޕެވުމަކަށް ކަނޑަ ނާޅުއްވައެވެ.“
މިރިވާޔަތުން ހާމަވަނީ ނަބިއްޔު ﷺ ވަކި ދުވަހެއް އެތިން ރޯދަޔަށް ޚާއްޞަކުރެއްވިކަން ޢައިޝަތުގެފާނަށް ނޭނގޭކަމެވެ.
އެހެނަސް ޘާބިތީ ހަނދުމަހުން 3 ދުވަހު ރޯދަ ހިފުމަށް އުއްމަތަށް ހިތްވަރު ދެއްވިކަމެވެ.
އަދި ދެސަޙީޙުގައި އަބޫ ހުރައިރާ އަށް 3 ކަމެއް ރަސޫލު ﷲ ﷺ ވަޞިއްޔަތް ކުރެއްވިކަމަށް އޮތް ޙަދީޘުގައި، އަބޫ ހުރައިރާ ވިދާޅުވިއެވެ: "މަހެއްގެ 3 ދުވަހު ރޯދަ ހިފުމަށް" ވައްޞިއްޔަތް ކުރެއްވިއޭ އެވެ.
އަދި މުސްނަދާއި އެނޫން ފޮތުގައި ރިވާވެގެންވެއެވެ: "ފަހެ އަބޫ ހުރައިރާ މަހުގެ ފެށުމުގައި 3 ދުވަހު ރޯދަ ހިއްޕަވައެވެ"
🤚މުސްލިމުންނަށް ކޮންމެ ހަނދުމަހެއްގައި 3 ދުވަހު ރޯދަހިފުން އެދެވިގެންވެއެވެ.
އަދި ޢިލްމުވެރިންގެ ތެރެއިން ގިނަ ބޭކަލުން ”އައްޔާމުލް ބީޟް“ (13،14،15) ގައި އެކަން ކުރުމަށް އެދެވިގެން ވާކަމަށް ކަނޑަ އެޅުއްވިއެވެ.
އެއީ އެކަމުގައިވާ ޙަދީޘްތައް މަރްފޫޢަގޮތުގައި ބަލިކަށިކަމެއް ހުރުމާއިއެކުގައެވެ.
އަދި އިބްނު ޢައްބާސް އާއި ސުވާލު ވެވުމުން، ޢުމަރުގެފާނު އެދުވަސް ތަކުގައި ރޯދަ ހިއްޕަވާ ކަމަށް ވިދާޅުވިއެވެ.
⬆️ ޞައްޙައީ މިގޮތެވެ. އެއީ ބަޔެއް ޞަހާބީންނާއި ޚަލީފާއިން އެދުވަސް ތަކުގައި ރޯދަ ހިއްޕެވިކަން ޘާބިތުވުމެވެ.
މަތީގައި އެވަނީ ޝެއިޚް ސުލައިމާން އަލްޢަލްވާން ފަތުވާއަށް ބިނާކޮށެވެ. އެއީ ”ބުލޫޣުލް މަރާމް“ ގެ ޝަރަހައިންނެވެ.
⬆️މީގެ އިތުރުން: މިއީ ޝެއިޚް ޢަބްދުﷲ އައްސަޢުދާއި އައްޠަރީފީގެވެސް ރައުޔެވެ.
އަދި ޞަޙީޙު މުސްލިމްގައި ވާފަދައިން، ނަބިއްޔު ﷺ ހޯމަ ދުވަހު ރޯދަ ހިއްޕެވިކަން ޘާބިތެވެ. އަދި ވަކިވަކިން 3 ރޯދަ ހޯމަ ތަކުގައި ހިފިޔަސް މެދުފޮއެގައި ހިފިޔަސް، ހޯމަޔާއި ބުރާސްފަތި ނޫނީ އެނޫން ދުވަހަސްތަކަކު ވިޔަސް، ހަނދުމަހު 3 ރޯދައިން މިސުންނަތް އަދައުވީއެވެ. މީގައި އިޚްތިޔާރު ތަނަވަސްވެގެން ވެއެވެ —الله أعلم
(ނޯޓް: އަޙްމަދާއި އައްތިރުމިޛީ ރިވާކުރެއްވީ ހޯމައާއި ބުރާސްފަތީގައި ރޯދަހިއްޕެވުން، މީގެ ޞައްޙަކަމާއިމެދު ޚިލާފެއްވާކަން އަހަރެމެން ކުރިންވާނީ ބަޔާންކޮށްފައެވެ.)
~ގަލަންދާނު
ـــــــــــــــــ
[1] މެދުފޮއިރޯދަ: ”ކޮންމެ ހަނދުމަހެއްގެ 13، 14، 15 މިތިން ދުވަހުގެ ރޯދަ.“ (ދިވެހިބަހުގެ ރަދީފު)
~ ގަލަންދާނު
އަޞްލަކީ (ސަނަދުގައި) މެދުކެނޑުމެއް ވެއްޖެ ޙަދީޘަކީ: ޟަޢީފު އަދި ޞައްޙަނޫން ޙަދީޘެއް ކަމެވެ. އެހެނީ ޙަދީޘް ޞައްޙަވުމުގެ ޝަރުޠުތަކުގެ ތެރޭގައި، ސަނަދު ގުޅިފައިވުން ހިމެނެއެވެ.Читать полностью…
މިއާއި އެކުވެސް، ބައެއް ޙާލަތް ތަކުގައި މިފަދައިން ކެނޑުމެއް ވެއްޖެ ޙަދީޘަށް (ޙުކުމް ކުރުމުގައި) ލުއި ލިބެއެވެ.
— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު | ގަލަންދާނު
⚠️ މިކަމުގެ މައްޗަށް އޮތް ރިވާޔަތް ޘާބިތެއްނޫނެވެ.
ޖެހިގެން އޮންނަ ރަކުޢަތަށް ތެދުވުމަށްޓަކައި ގޮށްމުށްކަވައި ބިންމައްޗަށް ބުރަވުމުގެ މައްޗަށް އޮތް ދަލީލު ޟަޢީފު ކުރެއްވި ބޭކަލުންގެ ތެރޭގައި: އަލްޙާފިޡް އިބްނުއް ޞަލާޙް⁽¹⁾ އާއި އިމާމް އައްނަވަވީ ⁽²⁾ އަދި އިބްނު ރަޖަބް⁽³⁾ ހިމެނިވަޑައިގަންނަވައެވެ. އަދި އެރިވާޔަތް ބަލިކަށި ކުރެއްވި ފަހުގެ ޢިލްމިވެރިންނާއި މުޙައްދިޘުން ތެރޭގައި: ސުލައިމާން އަލްޢަލްވާން ⁽⁴⁾، ޢަބްދު ﷲ އައްސަޢްދު ⁽⁵⁾، އައްޠަރީފީ ⁽⁶⁾ ، މުޞްޠަފާ އަލްޢަދަވީ ⁽⁷⁾، ޚާލިދުލް ޙާޔިކް ⁽⁸⁾، އަލްޙަސަނީ ⁽⁹⁾، އަދި ޝެއިޚް ބަކުރު އަބޫ ޒައިދު ⁽¹⁰⁾، އަލްޙުވައިނީ ⁽¹¹⁾، މުޤްބިލް އަލްވާދިޢީ ⁽¹²⁾، އިބްނު ބާޒް ⁽¹³⁾، އަލްމުނައްޖިދު ⁽¹⁴⁾ އަދި އެނޫން ބޭކަލުން ހިމެނިވަޑައިގަންނަވައެވެ.
✍ އިތުރަށް ކިޔާލުމަށް: މިޙަދީޘުގެ ޟަޢީފުކަމުގެ މައްޗަށް އޮތް ބަހުޘެއް (މިތަނުން)
— ގަލަންދާނު
ــــــــــــــــــ
[1] "އައްތަލްޚީޞުލް ޙަބީރް" (ޞަފްޙާ 468) ގައި އިބްނު ޙަޖަރުލް އަސްޤަލާނީ ވިދާޅުވެފައިވާ ފަދައިން "އިޝްކާލާތު ޢަލަލް ވަސީޠި" ގައި.
[2] މަތީގައި ބުނެވުނު މަޞްދަރުގައި، އިބްނު ޙަޖަރު ވިދާޅުވެފައިވާ ގޮތުން "އަލްމަޖްމޫޢު ޝަރްޙުލް މުޙައްޛަބް" އަދި "އައްތަންޤީހު ފީ ޝަރްޙިލް ވަސީތި" ގައި.
[3] އިބްނު ރަަޖަބް ގެ "ފަތުހުލް ބާރީ" (ޖ. 2 ، ޞ. 293)
[4] ވީޑިއޯ (ބެލުމަށް) އަދި މިތަނުން 22 ވަނަ ނުކުތާ.
[5] ސުވާލާއި ޖަވާބު ސިލްސިލާއިން (މިތަނުން)
[6] ޞިއްފަތުއް ޞަލާތިއް ނަބިއްޔި ޞ. 157 އަދި އިތުރަށް ބެލުމަށް (މިތަނުން)
[7] ވީޑިއޯ (މިތަނުން)
[8] ސުވާލާއި ޖަވާބު (މިތަނުން)
[9] އޯޑިއޯ ފަތުވާ (މިތަނުން)
[10] "ޖުޒުުޢުން ފީ ކައިފިއްޔަތިލް ނުހޫޟި ފއްޞަލާތި ވައްޟަޢަފަ ޙަދީޘަކް ޢަޖަނި" އޭ ކިޔުނު، މިމައްސަލައިގެ މައްޗަށްވާ ޚާއްޞަ ރިސާލަތެއްގައި.
[11] ރިސާލަތެއް (މިތަނުން)
[12] އޯޑިއޯ (މިތަނުން) އަދި އޭގެ އިނގިރޭސި ތަރުޖަމާ ކިޔާލުމަށް (މިތަނުން)
[13] އޯޑިއޯ ފަތުވާ (އަދި އޭގެ ލިޔުން)
[14] އިސްލާމް، ސުވާލާއި ޖަވާބު ވެބްސައިޓް (ފަތުވާ ނަންބަރު 175929) އިން.
⬆️ The Obligation To Free Muslim Captives — al-'Alwān
My father (al-'Alwān) was asked while we were in Jeddah: Is zakāt to be paid to free the captives?
He replied: ❝ Freeing Muslim prisoners from the hands of the disbelievers and apostates, is one of the greatest obligations, and when Muslims are unable to free their prisoners by peace or force and money is required to free them, then verily, giving zakāt in this cause is one of the greatest acts of worship. Allah ta'ālā said:
{إِنَّمَا ٱلصَّدَقَٰتُ لِلۡفُقَرَآءِ وَٱلۡمَسَٰكِينِ وَٱلۡعَٰمِلِينَ عَلَيۡهَا وَٱلۡمُؤَلَّفَةِ قُلُوبُهُمۡ وَفِى ٱلرِّقَابِ وَٱلۡغَٰرِمِينَ وَفِى سَبِيلِ ٱللَّهِ وَٱبۡنِ ٱلسَّبِيلِۖ فَرِيضَةً مِّنَ ٱللَّهِۗ} [التوبة 60]
“Alms-tax is only for the poor and the needy, for those employed to administer it, for those whose hearts are attracted ˹to the faith˺, for ˹freeing˺ slaves (Al-Riqāb), for those in debt, for Allah’s cause, and for ˹needy˺ travellers. ˹This is˺ an obligation from Allah.”
Hence his sayin: “for ˹freeing˺ slaves (Al-Riqāb)” — in it includes: helping Al-Mukātibīn (slaves who have an agreement with their master to be freed with certain amount of wealth in a set period of time), emancipation of slaves and freeing captives.
It is not permissible for the abled Muslims to be negligent in freeing captives, each person (should aid) according to his ability. By way of his self, his money, his social position, his supplications, and incitement of others, by his tongue and his pen. The Prophet, peace be upon him, said: (Feed the hungry, visit the sick, and set free the captives (Al-'Ānī)). Narrated by Al-Bukhārī from the ḥadīth⁽¹⁾ of Abū Mūsā.
And (Al-'Ānī) is the captive⁽²⁾, the Prophet, peace and blessings be upon him, ordered his release; because him remaining among the disbelievers, exposes him to fitnah (tribulation). And leaving him bound in confinement, to wrestle with worries and sorrows is betrayal to him. He had been in jihād in the cause of Allah, fighting the enemy, aiding Islam and protecting Muslims, their homes and their honor. Hence upon them is an obligation to setting him free and rescuing him is incumbent.
He is one of the most deserving of people to be helped and aided, and Allah has commanded the Prophet, peace and blessings be upon him, to support the oppressed. And if freedom wasn't gained through fidyah (ransom) or wealth or other than that, it is incumbent to struggle for his release and support, in anyway possible. For Islam is a religion of victory, and the believers are brothers, and a Muslim does not fail his Muslim brother, and Allah helps the servant as long as the servant helps his brother. Hence whoever supports a Muslim, Allah supports him. And whosoever protects him Allah protects him. Whoever aids him, Allah aids him. Whoever defends (hardship) from him, Allah defends him with his earth. Whoever deserts him, Allah deserts him. And the recompense is based on the type of action (you do).⁽³⁾ ❞
— 'Abdul Malik al-'Alwān from his father, Al-Shaykh Al-Muḥaddith Sulaymān bin Nāṣir al-'Alwān (Arabic)
~ Galandān
-----------------------
[1] Saḥīḥ Al-Bukhārī 5373
[2] ibid, Al-Sufyān said: Al-'Ānī is Al-Asīr (the captive).
[3] There are a number of aḥādīth to this effect, see Ḥadīth of Abū Hurairah (Saḥīḥ Muslim 2699) Ḥadīth of ibn 'Umar (Saḥīḥ Al-Bukhārī 2442) and others.
⬆️ މުސްލިމު އަސީރުން މިނިވަން ކުރުމުގެ ވާޖިބިއްޔަތު
➊
❞ އަހަރެމެން ޖިއްދާ ގައި ވަނިކޮށް، އަހަރެންގެ ބައްޕަ (އަލްޢަލްވާން) އާއި ސުވާލުވެވުނެވެ:
⬆️ އަސީރުން މިނިވަން ކުރުމަށް ޒަކާތުން ހޭދަކުރެވޭނެ ހެއްޔެވެ؟
ޖާވާބު ދެއްވިއެވެ: ކާފަރުންނާއި މުރުތައްދުންގެ އަތްދަށުން މުސްލިމު އަސީރުން މިނިވަން ކުރުމީ އެންމެ ބޮޑުވެގެންވާ ވާޖިބުތަކުގެ ތެރެއިން ކަމެކެވެ. އަދި އަމާން ކަމުގައި ނުވަތަ ގަދަބާރުން މުސްލިމުންނަށް އެވެރިންގެ އަސީރުން މިނިވަން ކުރުމަށް ނުކުޅެދި، އަދި އެވެރިން މިނިވަން ކުރުމަށް ފައިސާއަށް ބޭނުންވެއްޖެ ކޮންމެ ޙާލެއްގައި، މި މަގުގައި ޒަކާތް ހޭދަކުރުމީ، ހަމަކަށަވަރުން [ﷲ އަށް] އަޅުވެތިވުމުގެ އެންމެ މަތިވެރި ކަންކަމުގެ ތެރެއިން ކަމެކެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވި އެވެ:
{إِنَّمَا ٱلصَّدَقَٰتُ لِلۡفُقَرَآءِ وَٱلۡمَسَٰكِينِ وَٱلۡعَٰمِلِينَ عَلَيۡهَا وَٱلۡمُؤَلَّفَةِ قُلُوبُهُمۡ وَفِى ٱلرِّقَابِ وَٱلۡغَٰرِمِينَ وَفِى سَبِيلِ ٱللَّهِ وَٱبۡنِ ٱلسَّبِيلِۖ فَرِيضَةً مِّنَ ٱللَّهِۗ}
”ހަމަކަށަވަރުން، صدقات ގެ ތަކެތި [އެބަހީ: ފަރުޟުވެގެންވާ ޒަކާތް] ވަނީ فقير ންނަށާއި، مسكين ންނަށާއި، އެކަމުގެ عامل ންނަށާއި، އެއުރެންގެ ހިތްތައް އެކުވެރިކުރައްވާ މީހުންނަށާއި (އެބަހީ: އަލަށް إسلام ވީ މީހުންނަށާއި) ، الرِّقَابِ (އަޅުން) މިނިވަންކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، اللَّه ގެ މަގުގައްޔާއި (حال ގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ. اللَّه ގެ حضرة ން ކަނޑައަޅުއްވާފައިވާ فرض އެއްގެ ގޮތުގައެވެ.“
އަދި އެއިލާހުގެ މިވަޙީގައިވާ ﴿وَفِي الرِّقَابِ﴾ (الرِّقَابِ މިނިވަންކުރުމުގައި) މީގައި ހިމެނިގެންވަނީ: މުކާތިބީން ނަށް (އެބަހީ: އަޅުންގެ ތެރެއިން އެވެރިންގެ ވެރިންނާއި އެކު މިނިވަން ވުމަށް އަހުދެއް ހެދިފައިވާ މީހުން ނަށް) އެހީތެރިވުމާއި، އަޅުން މިނިވަން ކުރުމާއި އަސީރުން ފިދުޔަ ކުރުމެވެ.
މުސްލިމުންގެ ތެރެއިން ކެރިކުޅަދާނަވެގެންވާ މީހުންނަށް އަސީރުން މިނިވަން ކުރުމުން ފަސްޖެހި ތިބުން ހުއްދަވެގެން ނުވެއެވެ. ކޮންމެ މީހެއްވެސް އެމީހަކަށް ވެވުނު މިންވަރަކުން ވަނީ ބައިވެރި ވުމެވެ: ވީމާ މިކަން ވަނީ އެމީހެއްގެ ނަފްސުންނާއި، އެމީހެއްގެ މުދަލުންނާއި އެމީހެއްގެ ނުފޫޒުންނާއި، އެމީހެއްގެ ދުޢާ އާއި، އެކަމަށް މީހުން އިސްނެންގުވުމަށް ހިތްވަރު ދިނުމުންނެވެ. އެމީހެއްގެ ދުލާއި އެމީހެއްގެ ޤަލަމުންނެވެ. އަދި ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ: «أَطْعِمُوا الْجَائِعَ، وَعُودُوا الْمَرِيضَ، وَفُكُّوا الْعَانِيَ» (ހާންތީންނަށް ކާންދޭށެވެ. ބަލިމީހުންނަށް ޒިޔާރަތް ކުރާށެވެ. الْعَانِيَ (އަސީރުން) މިނިވަންކުރާށެވެ.)⁽¹⁾ ރިވާކުރެއްވީ އަލްބުޚާރީ، އަބޫ މޫސާ ގެ ޙަދީޘް އިން ނެވެ.
އަދި الْعَانِيَ އަކީ އަސީރެވެ.⁽²⁾ ނަބިއްޔު ﷺ ވަނީ އޭނާ މިނިވަން ކުރުމަށް އަމުރު ކުރައްވާފައެވެ. އެހެނީ ކާފަރުންގެ ތެރޭ އޭނާ ދެމިހުރުމީ އޭނާ އަށް (ދީނާއި ދުނިޔޭގައި) ފިތުނައެކެވެ. އަދި ބަންދެއްގައި ރަހީނުވެ، އޭނާގެ ހިތްދަތިކަމާއި ހިތާމައިގައި ކެކުޅުމަށް ދޫކޮށްލެވުމީ އޭނާ އަށް ވެވޭ ބޭވަފާއެކެވެ. އެއީ ﷲ ގެ މަގުގައި ޖިހާދުކޮށް، ޢަދުއްވުންނާއި ހަނގުރާމަކޮށް، އިސްލާމް ދީނަށް ނަޞްރުވެރިވެ، މުސްލިމުންނާއި އެވެރިންގެ ގެދޮރާއި އެވެރިންގެ އިއްފަތް ޙިމާޔަތް ކުޅަ މީހެކެވެ. އެހެންކަމުން އެވެރިންގެ މައްޗަށް ވާޖިބުވެގެންވަނީ އޭނާ މިނިވަން ކުޅައުމެވެ. އަދި އޭނާ އެއިން ސަލާމަތް ކުރުމަށް (އެއުރެންނަށް) ޒިންމާ އެޅިފައި ވެއެވެ.
=
ـــــــــــــــــــــ
[1] ޞަޙީޙް އަލްބުޚާރީ (5373)
[2] މަތީގައިވާ ޙަދީޘް ގައި ރާވީ، އައްސުފްޔާން ވިދާޅުވިއެވެ: "އަލްޢާނީ އަކީ އަލްއަސީރު އެވެ."
③
So, my brothers, hold fast to this supplication, and turn to your Rabb in humility, repentance, and submission. I ask Allah to show us the truth as truth and to grant us the ability to follow it, and to show us falsehood as falsehood and to grant us the ability to avoid it, and not to make it confusing for us, lest we go astray. He is the All-Hearing, All-Answering. May Allah’s prayers and peace be upon our Prophet Muḥammad, his family, and all his companions.❞
— Written by Abul Ḥassan Nasīm (A student of Shaykh Abdur-Razzāq Al-Badr)
~ Galandān
----------------------------------
📝 To sum up its Takhrīj, I say:
⬆️This supplication was mentioned as a ḥadīth in Al-Iḥyāʾ but it is without a chain of transmission as explained by its commentators as well (detailed above).
⬆️The supplication is also attributed (without a chain of transmission) to ʿUmar ibn Al-Khaṭṭāb as mentioned by al-Buhūtī in “Sharḥ Muntahā al- Irādāt” (6/ 486), it's commentator, ʿAbdullah bin ʿAbdul Muḥsin Al-Turkī noted: “We didn't find a chain of transmission for it.”
⬆️And it was also attributed to Abū Bakr Al-Ṣiddīq in “Al-Quwwat Al-Qulūb” by Abū Ṭālib Al-Makkī (386 h.) , it is also without a chain of transmission.
⬆️Al-Shaykh Al-Muḥaddith Muṣṭafā Al-ʿAdawī's was asked regarding its authenticity. He said: “This is not a ḥadīth. It is a good duʿā.”
⬆️In fatwā no. 140138 Islamqa also responded: “It is not a ḥadīth but a duʿā related from some of the predecessor (salaf) as mentioned by ibn Shāhīn رَحِمَهُ ٱللَّٰهُ...”.
~ Galandān
⬆️ The Verification And A Word On The Merits Of The Beautiful Supplication “Allāhumma Arinā Al-Ḥāqqa Ḥaqqan..”
①
☪☪☪☪☪☪
Among the supplications that scholars have mentioned in their books, and what Al-Ḥāfiẓ Ibn Kathīr described in his tafsīr (Sūrah Al-Baqarah, verse 213) as a supplication "passed on" is the duʿā
(اللَّهُمَّ ، أَرِنَا الْحَقَّ حَقًّا وَارْزُقْنَا اتِّبَاعَهُ ، وَأَرِنَا الْبَاطِلَ بَاطِلًا وَوَفِّقْنَا لِاجْتِنَابِهِ ، وَلَا تَجْعَلْهُ مُلْتَبِسًا عَلَيْنَا فَنَضِلَّ ، وَاجْعَلْنَا لِلْمُتَّقِينَ إِمَامًا)
“O Allah! Show us the truth as truth, and bestow adherence to it on us. Show us the evil as evil, and make us stay away from it, and do not confuse us regarding the reality of evil so that we will not be led astray by it, and make us leaders for the believers.”
Likewise ibn Taymiyyah brought it in his book, "Minhāj Al-Sunnah Al-Nubuwwah" (1/19)
He stated: “From the supplications passed down is the duʿā:
اللَّهُمَّ أَرِنِي الْحَقَّ حَقًّا، وَوَفِّقْنِي لِاتِّبَاعِهِ، وَأَرِنِي الْبَاطِلَ بَاطِلًا، وَوَفِّقْنِي لِاجْتِنَابِهِ، وَلَا تَجْعَلْهُ مُشْتَبِهًا عَلَيَّ، فَأَتَّبِعَ الْهَوَى
“O Allah, show me the truth as truth and guide me to follow it. And show me the false as false and guide me to avoid it. And do not make it doubtful to me, such that I might follow my desires.” End.
⚠️(Above: both, ibn Kathīr and ibn Taymiyyah quoted it without a chain of transmission.)
Al-ʿIrāqī commented in his verification of Al-Iḥyāʾ under the ḥadīth :
«اللَّهُمَّ أَرِنِي الْحق حَقًا فَأتبعهُ وَأَرِنِي الْمُنكر مُنْكرا وارزقني اجتنابه وأعذني من أَن يشْتَبه عَلّي فأتبع هواي بِغَيْر هدى مِنْك وَاجعَل هواي تبعا لطاعتك وَخذ رضَا نَفسك من نَفسِي فِي عَافِيَة واهدني لما اخْتلف فِيهِ من الْحق بإذنك إِنَّك تهدي من تشَاء إِلَى صِرَاط مُسْتَقِيم»
“O Allah, show me the truth as truth so that I may follow it; show me falsehood as falsehood and grant me the ability to stay away from it. I seek Your protection that truth and falsehood become obscure to me and that I follow my desires without guidance from You. Make my desires subservient to Your obedience. Take such work from me with well-being in which Your pleasure will be acquired. Guide me to the right road in those things in which differences arise because verily You guide those who You wish to the straight path.”
⚠️Al-ʿIrāqī said:
❝ I did not find a source for the beginning of it.
Al-Mustaghfirī (432 h.) narrated in “Al-Daʿawāt” from the ḥadīth of Abū Hurayrah, that the Prophet ﷺ used to supplicate and say:
اللَّهُمَّ إِنَّكَ سَأَلْتَنَا مِنْ أَنْفُسِنَا مَا لَا نَمْلِكُهُ إلَاّ بِكَ اللَّهُمَّ فَأَعْطِنَا مِنْهَا مَا يُرْضِيكَ عَنَّا
Ya Allah! You have asked of us something, which we have no power (to fulfill) except by Your grace. So grant us (i.e. the power to fulfill) those matters which please you towards us.
In it's chain of transmission is Wal'hān bin Khubayr [sic] (this is Dal'hāth bin Khubayr), who was declared weak by Al-Azdī.
[With regards to last part of the duʿā] Verily Muslim reported from the ḥadīth (no. 770) of ʿĀishah on what the Prophet began his night prayers:
“...اهْدِنِي لِمَا اخْتُلِفَ فِيهِ...“
—till the end of the Ḥadīth. ❞ — End of quote from Al-ʿIrāqī.
⚠️Ibn Al-Subkī (6/ 325) said (regarding the same ḥadīth mentioned in Al-Iḥyāʾ) : “I did not find any chain of transmission for it.”
(See Takhrīj Aḥādīth Al-Iḥyāʾ Lil- ʿIrāqī, Wa Ibn Al-Subkī Wal-Zaidī , no. 1418)
=
✨ ދޫކޮށްލެވިފައިވާ ސުންނަތްތަކުގެ ތެރޭގައި، التشهدގައި އިތުރުއެކަލޭގެފާނުންނަށް ޞަލަވާތް ކިޔޭ މި ޞީޣާ ހިމެނެއެވެ:
އަބޫ ޙުމައިދު އައްސާޢިދީ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ: އެބޭކަލުން ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނަށް ޞަލަވާތް ކިޔާނީ ކިހިނެތް ހެއްޔެވެ؟” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުން ކިޔާށެވެ:
اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَ [عَلَى] أَزْوَاجِهِ وَذُرِّيَّتِهِ، كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ، وَبَارِكْ عَلَى مُحَمَّدٍ وَ [عَلَى] أَزْوَاجِهِ وَذُرِّيَّتِهِ، كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ»
📌ރިވާކުރެއްވީ އަލްބުޚާރީ (3369) އަދި މުސްލިމް (407) އެވެ. [ބުރެކެޓު] ގައި އެވަނީ މުސްލިމްގެ ރިވާޔަތުގައިވާ އިތުރު ލަފުޒެކެވެ.
މާނަ: “އޭ ﷲ! އިބްރާހީމްގެފާނުގެ އާލުންގެ މައްޗަށް އިބަ އިލާހު ޞަލަވާތްލެއްވި ފަދައިން މުޙައްމަދުގެފާނާއި، އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާ އަދި އެކަލޭގެފާނުގެ ދަރިފަސްކޮޅުގެ މައްޗަށްވެސް ޞަލަވާތް ލައްވާނދޭވެ! އަދި އިބްރާހީމްގެފާނުގެ އާލުންގެ މައްޗަށް އިބަ އިލާހު ބަރަކާތްލެއްވި ފަދައިން މުޙައްމަދުގެފާނާއި، އެކަލޭގެފާނުގެ އަނބިއަނބިކަބަލުންނާ އަދި އެކަލޭގެފާނުގެ ދަރިފަސްކޮޅުގެ މައްޗަށްވެސް ބަރަކާތް ލައްވާނދޭވެ! ހަމަކަށަވަރުން އިބައިލާހީ އެންމެހާ ޙަމްދު ތަޢުރީފަކާއި އެންމެހާ މާތްކަމެއް ލިބިވޮޑިގެންވާ އިލާހެވެ.”
💎Summary on the authenticity of the Supplications of Wuḍūʾ
1⃣- In the Beginning:
Saying “Bismillah” - Weak ⚠️
(See for details Galandān post here)
2⃣- While performing the Wuḍūʾ ❌
Al-Nawawī said: “As for the duʿās that are said when washing various parts of the body in wuḍūʾ, no such thing has been narrated from the Prophet ﷺ.” (al-Adhkār p. 30)
3⃣- After Completion of the Wuḍūʾ
✅ Authentic
1.
«أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا عَبْدُ اللَّهِ وَرَسُولُهُ»
Reward “...the eight gates of Paradise would be opened for him and he may enter by whichever of them he wishes.” — Ṣaḥīḥ Muslim 234a
And in Ṣaḥīḥ Muslim 234b the above with an addition:
«أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ »
2.
«سُبْحَانَكَ اللهُمَّ وَبِحَمْدِكَ أَشْهَدُ أَنْ لَا إِلَهَ إِلَّا أَنْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ»
Reward: “...will have it written for him, and placed on a tablet which will not be broken until the Day of Resurrection.”
This narration is authentic as a mawqūf narration to Abū Saʿīd Al-Khudrī , and is given the ruling of Marfūʿ. (ʿAbdullah Al-Saʿd commented on it here and also we had already referred it in our summary of Prophet's Ablution book -in dhivehi- by Al-Ṭarīfī here)
(Notice that this is the same adhkār which is famously known as "Kaffāratul Majlis")
❌Weak
1. The addition:
«...اللَّهُمَّ اجْعَلْنِي مِنْ التَّوَّابِينَ ، وَاجْعَلْنِي مِنْ الْمُتَطَهِّرِينَ»
(See for details, Galandān post here)
2.
«اللهُمَّ اغْفِرْ لِي ذَنْبِي ، وَوَسِّعْ لِي فِي دَارِي ، وَبَارِكْ لِي فِي رِزْقِي»
Although the narrators in it's chain of transmission are trustworthy, it is disconnected. The scholars differed on the issue of the narrator, "Abū Mijlaz Lāḥiq bin Ḥumayd" hearing it directly from Abū Mūsā Al-Ashʿarī:
Ibn Ḥajar said: “As for the ruling of the Shaykh (meaning Imām al-Nawawī) on the chain of transmission being sound: there is some doubt about it, because Abū Mijlaz did not meet Samurah ibn Jundub nor Imrān ibn Huṣayn, according to what Ali ibn al-Madīnī said, and they were later than Abū Mūsā, so there is some doubt about his hearing from Abū Mūsā.” — (Natāij Al-Afkār 1/263)
Shaykh ʿAbdullah Al-Saʿd (See here) said: “..this is what is most likely correct, as Al-Bukhārī stated in his Tārīkh that he, Abū Mijlaz heard from ibn ʿUmar, Ibn ʿAbbās and from Anas. And these three later than Abū Mūsā. Meaning if we say ibn ʿAbbās who was the earliest to die amongst these three companions, he died in 68 hijrī. While abū Mūsā died in 44 hijrī , about twenty years and more in between. So him hearing from Abū Mūsā is not proven and this is what ibn Ḥajar has also said. And Allah knows best.”.
Al-Albānī agreed on this in "Tamām Al-Minnah" (p. 95). Also Fahd bin Al-Sunīd stated likewise and said the chain is disconnected (See here). This is also what was declared correct in Fatwā no. 272749 by Islamqa.
(Note that even those who deemed it authentic, differed strongly on where it should be recited: some said, in the beginning of wuḍū, others said after completion. While others said after the prayer and others said in-between the wuḍū and prayer. This is due to differences in it's text.)
4⃣Some actions which are not proven during or before the recitation of the supplications at the end of wuḍū:
🔘Silence through out the wuḍū and till the dhikr (Al-Dāraquṭnī 305) this is not proven authentic. [Prophet's Wuḍū p. 153]
🔘Raising ones head and looking at the sky before the supplication of Wuḍū (Aḥmad 121 and Abū Dāwūd 170) This is not authentic. [Prophet's Wuḍū p. 157]
🔘Raising the index finger when saying the dhirk at the end of wuḍū: there is nothing narrated from the Prophet ﷺ on this. As for a person raising the index finger when saying the words of kalimah (لا اله الا الله), then this is allowed as supported by words of Ibn ʿAbbās in general, but this must not be done as a habit in every wuḍū. Allahu aulam. (See Shaykh Muṣṭafā Al-ʿAdawī's remarks here)
~ Galandān
📄 ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ رَحِمَهُ ٱللَّٰهُ ގެ ”އަލްޢަޤީދަތުލް ވާސިޠިއްޔާ“ ގެ ޝަރަޙައިގެ ދިވެހި ތަރުޖަމާ
ޝަރަޙަ ކުރެއްވީ: ޝެއިޚް މުޙައްމަދު ޚަލީލް ހައްރާސް
އިސްބަސް: ޝެއިޙް ޢަބްދުއް ރައްޒާޤް ޢަފީފީ
ތަރުޖަމާނު: ޝެއިޚް އިސްމާޢީލް މުޙައްމަދު
🔗އިސްލާމިކް މިނިސްޓަރީގެ ސައިޓުން ޑައުންލޯޑު ކުރުމަށް (ލިންކް)
⑥
5⃣ މުރުޖިޢާއިންނާއި ޚިލާފަށް އަހްލުއްސުއްނަތް ވަލް ޖަމާޢަތް، އީމާން އާއި ކުފުރާއި ބެހޭ ގޮތުން ދެކޭ ގޮތް
އަހްލުސުންނަތުގެ އަޤީދާ އަކީ، އީމާން ކަމުގެ ބައެއް ގޮފި ތަކަކީ އޭތި ނެތިއްޖެ ނަމަ އީމާން ކަމުގެ ފުރިހަމަ ކަން އުނިވާ އެހެނަސް އީމާން ކަން ކޮންމެހެން ނެތިގެން ދާ ކަންކަން ކަމުގައި ނުވުމެވެ.
މި ދެ ބަޔަކަށް ބެހެއެވެ:
ހ."މުސްތަޙައްބު އީމަންކަން" ފުރިހަމަ ކުރުމަށް ވާ ގޮފިތަކާއި
ށ. "ޥާޖިބު އީމާންކަން" ފުރިހަމަ ކުރުމަށް ވާ ގޮފި ތަކެވެ.
މީގެ އިތުރުން އީމާން ކަމުގެ ބަޔެއް ގޮފިތަށް އެ ނެތިއްޖެ ނަމަ އީމާން ކަން އެކީ އެއްކޮށް ނެތިކޮއްލައި ނަފީ ކޮއްލަ އެވެ.
✅ އެހެންކަމުން އަހްލުސުންނަތް ޥަލްޖަމާޢަތުގެ އަޤީދާ ގައި އީމާން ކަމުގެ ގޮފިތަށް 3 ބަޔަކަށް ބެހިގެން ވެއެވެ:
(ހ) މުސްތަޙައްބު ވެގެންވާ އީމާން ތެރިކަން ފުރިހަމަ ކުރާ ގޮފިތައް:
މިއީ އިސްލާމް ދީން މުސްތަޙައްބު ކުރާ ކަން ކަމެވެ، އެހެނަސް ވާޖިބު ކަން ކަމެއް ނޫނެވެ. (މިސާލަކަށް މަގުމަތިން އެހެން މުސްލިމަކަށް އުނދަގޫ ވެދާނެ ގާކޮޅެއް އެކަހެރި ކުރުމެވެ.)
(ށ) ވާޖިބު އީމާން ފުރިހަމަ ކުރާ ގޮފި ނޫނީ ޢަމަލުތައް: މިއީ އިސްލާމް ދީން ވާޖިބު ކޮށްފައިވާ އަމަލު ތަކެވެ. (މިސާލު: އައުރަ ނިވާ ކުރުން)
(ނ) އީމާން ކަން އެކަން ކަމުގެ ސަބަބުން އެކީ އެއްކޮށް ނަފީ ކޮށް ގެއްލުވާލާ ކަންކަން: (މިސާލު: ދީނުގެ އަސާސުތައް (އަޞްލުއްދީން) ތެރޭ ހިމެނޭ އެންމެހާ ކަމެއް)
އަދި މި ބައިތަކުގެ ތެރެއިން ކޮންމެ ބައެއްގެ ތެރެއަށް، އަހްލުއްސުންނަތުން ޢަމަލެއް ކަނޑައެޅިޔަސް، ނުވަތަ ބޭރުކުރިޔަސް، އެއީ ޤުރުއާން އާއި ސުންނަތުގެ ދަލީލު ގެ މައްޗަށެވެ.
އައްޝާފިޢީ އިމާމު ވިދާޅުވިއެވެ: "އަޞްޙާބު ބޭކަލުންނާއި، ތާބިޢީ ބޭކަލުންނާއި އެބޭފުޅުން ފަހުން އައި އެންމެ ބޭފުޅުންގެ އަދި އަހަރެމެން އެބަޔަކާއި ބައްދަލުވި އެންމެން، އީމާން ކަމާއި ބެހޭގޮތުން އިޖުމާޢުއަކީ: އީމާން ކަމަކީ (ދުލުގެ) ބަހާއި، (ގުނަވަން ތަކުގެ) ޢަމަލާއި، (ހިތުގެ) ނިޔަތް ކަމެވެ. އަދި މިއިން އެއް ބަޔާއި ނުލައި އަނެއް ބަޔެއް ނުއޮންނާނެއެވެ." (އިބްނު ތައިމިއްޔާ ގެ މަޖްމޫޢު އަލްފަތާވާ 7/309)
އިމާމް މުޙައްމަދު ބުން ޢަބްދުލް ވައްހާބު ވިދާޅުވި އެވެ: "އެއްވެސް އިޚްތިލާފެއް ނުވާ ގޮތުން، ތަޥްޙީދު ވަނީ ހިތާއި، ދުލާއި ޢަމަލުގައެވެ. އަދި މިއިން އެކަތި ނެތިއްޖެ ނަމަ، ދެން މިމީހާ މުސްލިމަކަށް ނުވާނެ އެވެ. އަދި އޭނާ އަށް ތަޥްހީދު އެނގި އެއަށް އަމަލު ނުކުރާ ނަމަ، އޭނާ އަކީ ބޯހަރު ކަމުގެ ކުފުރު ވެއްޖެ މީހަކެވެ. ފިރުޢައުނާއި އިބިލީހާ އެފަދަ މީހުންގެ ކުފުރު ފަދައެވެ." (ކަޝްފް އައްޝުބުހާތު، ޞަފްޙާ 40)
ހަމަ މިފަދައިން ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔަާ، ސަހްލު ބިން ޢަބްދުﷲ އައްތުސްތަރީ ގެ ބަސްފުޅު ނަޤުދު ކުރެއްވިއެވެ:
އެކަލޭގެފާނާއި ސުވާލު ވެވުނެވެ: "އީމާން ކަމަކީ ކޮބައިތޯއެވެ؟" ވިދާޅުވި އެވެ: "ބަހާއި، ޢަމަލާއި، ނިޔަތާއި އަދި ސުންނަތެވެ. ފަހެ އީމާން ކަމަކީ ޢަމަލު ނެތި (ދުލުން ބުނެލާ) ބަސް ކަމުގައި ވާނަމަ މިއީ ކުފުރެވެ. އަދި ނިޔަތް ނެތި ބަހާއި ޢަމަލު ކަމުގައި ވާނަމަ، އެއީ މުނާފިޤު ކަމެވެ. އަދި އެއީ ސުންނަތް ގޮތާއި ނުލައި ބަހާއި ޢަމަލާއި ނިޔަތް ކަމުގައި ވާނަމަ، އެއީ ބިދުޢަތެވެ." (އިބްނު ތައިމިއްޔާ ގެ "އަލްއީމާން" ޞަފްޙާ 172)
➖➖➖➖➖➖➖➖➖
(މިއީ 2018 ވަނަ އަހަރުގެ އަރުޝީފުން ނެގިފައިވާ ލިޔުމެކެވެ. އެއީ ލެޓިން އަކުރުން ފޭސްބުކް ގައެވެ.)
— ޖަމަޢުކޮށް އެކުލަވާލީ، އިބްނު ފަހުމީ ދީދީ.
~ ގަލަންދާނު
④
އެހެންކަމުން، އީމާން ކަމުގެ އެއްމެހާ ގޮތްޕަކީ އެއް ދަރަޖަ އެއްގައިވާ އެއްޗެއް ނޫނެވެ. "لا إله إلا الله" ގެ ގޮތްޕަކީ ލަދުވެތި ކަމުގެ ގޮތްޕާއި އެއްފަދަ އެއްޗެއް ނޫނެވެ. ނޫނީ މަގުމަތިން ގާކޮޅެއް އެއްކާރި ކުރުން ފަދައެއްވެސް ނޫނެވެ.
މިފަދަ ބަޔެއް ގޮފިތައް ނެތް ނަމަ، އީމާންކަން ދަށް ވާނެ އެވެ. މިސާލަކަށް ލަދުވެތި ކަމެވެ. އަދި ބަޔެއް ގޮފިތަށް ނެތިއްޖެ ނަމަ އީމާން ކަން އެކީ އެއްކޮށް ނަފީވެ މުރުތައްދުވެ އެވެ. މިސާލަކަށް لا إله إلا الله އެވެ. އެހެން ކަމުން އިސްލާމް ދީނުގެ ބިންގަލުގެ ތެރެއިން ހިމެނޭ އެއްވެސް ގޮތްޕެއް ނެތިއްޖެ ނަމަ، އެއީ އެކަމެއްގެ ސަބަބުން އީމާން ކަން އެކީ އެއްކޮށް ނެތި މުރުތައްދު ވުން ކަމުގައި ކަނޑަ އަޅަ އެވެ. މިއާއި ޚިލާފު ވެ، މިޒަމާނުގެ މުރުޖިއާއިން މިބުނަނީ (ދުލުން ނުބުންޏަސް، އެކަންކަމުގައި ޙުކުމް ކުރަނީ) އެ އެންމެހާ ގޮތްޕެއް ނެތުނަސް، އީމާން ކަން ހަމަ އެކަނި މަދުވަނީ ކަމަށެވެ. އެވެރިންނެއް، އީމާން ކަމުގެ އެއްވެސް ގޮތްޕެއް ނެތުން، އެއީ އޭގެ ޒާތުގައި އީމާން ކަން ނެތިދާނޭ ކަމެއް ގޮތުގައި ނުދެކެއެވެ. އަދި ޞަރީޙަ ކުފުރެއް ކުރުމުން އެކަމުގައި ތަކްފީރު ކުރުމަށް އޭގެ މައްޗަށް ޝަރުޠުކޮށް ލާޒިމުކުރަނީ، އެކަން ޙަލާލު ކަމަށް ދެކުމެވެ. (މިއަށް ކިޔަނީ އިސްތިޙްލާލްކުރުނާ). ނުވަތަ (ޖުހޫދު) : ގަސްތުގައި އެކަމަށް ނިޔަތް ގަނެގެން (އެ ކުފުރު) ކުރުމެވެ. ނޫނީ އެފަދައިން (ނިޔަތުން) ޤަބޫލު ކުރުމެވެ.
ޚަޥާރިޖުންނާއި ، ފަހުގެ މުރުޖިއާއިން މި ދެބައި ގަނޑަކީވެސް އަހުލުއް ސުންނަތް ވަލް ޖަމާޢަތުގެ އަޤީދާ އިން ބޭރު، މަގުފުރެދިފައިވާ ބަޔެކެވެ.
⚠️މަރީސިއްޔަ މުރްޖިޢާއިން ނާއި ފަހުގެ މުރްޖިއާއިންނާއި ހުރި އެއްގޮތްކަން:
އިރްޖާ ފިކުރުގެ މަޛްހަބުތަކުގެ ތެރެއިން ފަހުގެ މުރްޖިއާއިންނާއި އެންމެ ވައްތަރު ގޮތެއް ހުރީ "މަރީސިއްޔަ މުރްޖިއާއިން" ނާއި އެވެ. މިއީ ބަޣްދާދު ގައި އުޅުނު މުރްޖިއާއިންނެވެ. އަދި އެބައިމީހުން ތަބަޢު ވީ ބިޝްރް ބިން ޣައްޔާޘް އަލްމަރީސީ އަށެވެ. އޭނާ ބުނެ އެވެ: "އީމާން ކަމަކީ ހިތުގެ އިޢުތިޤާދާއި ދުލުގެ ބުނުން އެކީ އެއްކޮށެވެ. އަދި ކުފުރަކީ އިންކާރު ކުރުމާއި ދޮގު ކުރުމެވެ."
މިހެން ކަމުން މިބައިމީހުން ބުދަކަށް ސަޖިދަ ކުރުން ވެސް ކުފުރެއް ކަމަށް ނުދެކެއެވެ. އެހެނަސް އެއީ ހަމަ އެކަނި ކުފުރު ރަމްޒުކޮށްދޭ ނިޝާނެއް ކަމަށް ބުނެއެވެ.
ހަމަ މިބީދާއިން، ފަހުގެ މުރުޖިއާއިން، މީހެއް ﷲ އަށް ލަޢުނަތް ދިނަސް، ބުދަކަށް ސަޖިދަ ކުރިޔަސް، ﷲ ގެ ޙުކުމުގެ މައްޗަށް ފޮތެއް ހަދައިން އެއިން ޙުކުމް ކުރިޔަސް ނުވަތަ ދީނަށް މަލާމަތް ކޮށް ހެދިޔަސް، އެއީ ހަމަ އެކަނި އެ ޢަމަލު ކުރާމީހުންގެ ފުށުން ކުފުރު ރަމްޒުކޮށްދޭ ނިޝާނެއް ކަމަށް ބުނެ އެވެ. އެހެނަސް ސީދާ މުރުތައްދެއް ކަމަށް ބުނުމުން އިންކާރު ކުރެއެވެ. އެކަންކަން ކުފުރެއް ކަމަށް އެބައިމީހުން ނިންމަނީ، އެ ޢަމަލާއި އެކު "އިންކާރެއް" ނުވަތަ "އިސްތިޙްލާލެއް" ވާނަމަ އެވެ. މިސާލަކަށް ﷲ ގެ ޙުކުމް ނޫން ފޮތަކުން ޙުކުމް ކުރާ މީހާ، ﷲ ގެ ޝަރީޢަތަށް "އިންކާރު" ނުކުރާހާ ހިނދަކު އެމީހާ ކުފުރެއް ނުވާކަމަށެވެ. ނޫނީ އެއަކުން އޭނާ ޙުކުމް ކުރާ ޥަޟަޢީ ގާނޫނަކީ ޙަލާލް ހުއްދަ އެއްޗެއް ކަމަށް އޭނާ "ޤަބޫލު" ނުކުރާހާ ހިނދަކު އޭނާ އޭގެން ކިތަންމެ ޙުކުމެއް ކުރިޔަސް މުރުތައްދު ނުވާނޭ ކަމެވެ.
އެހެން ކަމުން އެބައިމީހުން ހަޤީގަތުގައި (ބޮޑު ކުފުރުގެ) "ޢަމަލު" އޭގެ ޒާތުގައި ކުފުރު ދާއިރާ އިން ބޭރުކޮށް، އެޢަމަލު ކުފުރަކަށް ވުމާއި ނުވުން؛ ހިތު ތެރެެއިން ޤަބޫލުކުރާ ޤަބޫލު ކުރުމުގެ މައްޗަށް ޝަރުޠު ކޮށް ހިފަހައްޓަ އެވެ.
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވި އެވެ: "އަދި ޢާންމު ޙާލަތުގައި، ކުފުރު ބަސް ބުނާ ނޫނީ ކުފުރު ޢަމަލު ކުރާ ކޮންމެ މީހެއް، އޭގެ ސަބަބުން ކާފަރުވެ އެވެ. އެއީ (އެކަން ކޮށްގެން) ކާފަރު ވުމަށް، އޭނާ "ގަސްތު" ނުކުރިޔަސް އެވެ. އެހެނީ ﷲ އިރާދަ ކުރެއްވި މީހެއް މެނުވީ ކާފަރުވާން "ގަސްދެއް" ނުކުރާނެއެވެ." (އައްޞާރިމުލް މަސްލޫލް، ޞަފްހަ 178)
=
②
2⃣ މުރްޖިޢާއިން ގެ މައިގަނޑު ބައެއް ބައިތައް
(ކުރުކޮށްލުމަށްޓަކައި، މުރުޖިއަތުލް ފުޤަހާ ގެ ބައި މިއިން މިވަނީ އުނި ކުރެވިފައި)
ހ. ޖަހްމީ މުރުޖިއާއިން:
މިވެރިން ބުނަނީ އީމާން ކަމަކީ ހަމަ އެކަނި ހިތު ތެރޭ އެކަމުގެ ޢިލްމު އޮތުން ކަމުގަ އެވެ. އެހެން ކަމުން މިވެރިން އޭގެން ބަހާއި ޢަމަލާއި އަދި (ހިތުތެރޭ އެކަން އޮތްކަން) ދުލުން ކަށަވަރު ކުރުންވެސް އުނި ކުރި އެވެ. އެހެން ކަމުން ޝަހާދަތުގެ ކަލިމަ ދުލުން ކިޔަން އިންކާރު ކޮށް، އެންމެހާ ކުފުރު ޢަމަލު ތަކެއް ކޮށް، އަދި ހިތުތެރޭ ކަށަވަރު އީމާން ކަންވާކަމަށް ނުބުނާ މީހަކަށް ވެސް ކާފަރެކޭ ނުބުނެވޭނެ އެވެ. އެއީ އެމީހެއް ﷲ އެނގޭކަމަށް ބުނާނަމަ އެވެ.
މީގެ ތެރެއިން ވަރަށް ގިނަ މީހުން ބުނާ ގޮތުން މިދުނިޔޭގައި އެމީހަކީ މުއުމިނެއް ކަމުގައި ބުނުމަށް ޝަހާދަތުގެ ކަލިމަ ކިޔަން ވާނެ އެވެ. އެހެނަސް ދުލުން ނުކިޔަސް، އޭނާ އެކަން (ހިތުގައި) ޔަޤީން ކުރާނަމަ ނޫނީ ﷲ ގެ (އިލާހު ވަންތަކަމުގެ) ޢިލްމު އޭނާ ދަނެ ހުރެއްޖެ ނަމަ އޭނާ ޤިޔާމަތް ދުވަހުން ވާނީ މުއުމިނުން ގެ ތެރެއިން ކަމަށެވެ.
ކުފުރަކީ އެވެރިންގެ ފިކުރުގައި "ޖާހިލު" ކަމެވެ. އީމާން އަކީ "ޢިލްމް" އެވެ (އެކަން އެންގުމެވެ). އެނޫންގޮތަކުން ނަމަ އީމާން އާއި ކުފުރަކީ، ހިތު އަޑިން އިންކާރު ކުރުމެވެ. ނޫނީ ޤަބޫލު ކުރުމެވެ.
މިއީ ޖަހްމް އިބްން ޞަފްޥާން ކިޔާ މީހެއް އުފެއްދި މަގުފުރެދުމެކެވެ.
އިމާމް އަޙުމަދު އާއި، ވަކީޢު އާއި އެނޫން އިހުގެ ޢިލްމުވެރިން މިފަދައިން އީމާން ކަން ބަޔާން ކުރާ މީހުންނަށް ތަކްފީރު ކުރެއްވި އެވެ.
މިބޭކަލުން ބަޔާން ކުރައްވާ ގޮތުގައި، ޝައިޠާނާ އަކީ ޤުރުއާނު ގައި ކަނޑަ އެޅިފައިވާ ކާފަރެކެވެ. އެހެނަސް އޭނާގެ ކާފަރުވުން އައިސްފައިވަނީ ކިބުރުވެރިކަމާއި، ﷲ އާދާމް عليه السلام އަށް ސަޖިދަ ކުރުމަށް ފަރުޟުކޮށް ކުރެއްވި އަމުރަށް އޭނާ އިންކާރު ކުރުމުންނެވެ.
ހަމަ މިފަދައިން ފިރުޢައުނު އާއި އޭނާގެ އަހުލުންނާއި ބެހޭގޮތުން ﷲ ވަޙީ ކުރެއްވި އެވެ:
وَجَحَدُوا۟ بِهَا وَٱسْتَيْقَنَتْهَآ أَنفُسُهُمْ ظُلْمًا وَعُلُوًّاۚ فَٱنظُرْ كَيْفَ كَانَ عَٰقِبَةُ ٱلْمُفْسِدِينَ
"އަދި އެ آية ތައް އެއީ، ތެދުކަން އެއުރެންގެ نفس ތަކަށް يقين ވެތިބެ، އަނިޔާވެރިކަމާއި، ބޮޑާވެގަތުމުގެ ގޮތުން، އެ آية ތަކަށް އެއުރެން إنكار ކުރޫއެވެ. ފަހެ، فساد ކުރާމީހުންގެ ނިމުންވަނީ ކިހިނަކުންކަން، ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ!" (27:14)
އަދި މޫސާ عليه السلام ފިރުޢައުނު އަށް ވިދާޅުވި ކަމަށް ﷲ ވަހީ ކުރެއްވި އެވެ:
قَالَ لَقَدْ عَلِمْتَ مَآ أَنزَلَ هَٰٓؤُلَآءِ إِلَّا رَبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ بَصَآئِرَ وَإِنِّى لَأَظُنُّكَ يَٰفِرْعَوْنُ مَثْبُورًا
"އެކަލޭގެފާނު ވިދާޅުވިއެވެ! ހަމަކަށަވަރުން، ބަޔާންވެގެންވާ عبرة ތަކެއް ކަމުގައި މި معجزة ތައް ބާވައިލެއްވީ، އުޑުތަކާއި، ބިމުގެ ވެރިރަސްކަލާނގެ ފިޔަވައި އެހެންފަރާތެއް ނޫންކަން ކަލޭ ރަނގަޅަށް ދަންނާނޫއެވެ. އޭ فرعون އެވެ! ހަމަކަށަވަރުން، އަހުރެންނަށް يقين ވަނީ، ކަލެއަކީ ގެއްލި ހަލާކުވެފައިވާ މީހެއް ކަމުގައެވެ." (17:102)
އަދި ބަނީ އިސްރާއީލް ބާގައި ގެ މީހުއްނާއި މެދު ވަޙީ ކުރެއްވިއެވެ:
ٱلَّذِينَ ءَاتَيْنَٰهُمُ ٱلْكِتَٰبَ يَعْرِفُونَهُۥ كَمَا يَعْرِفُونَ أَبْنَآءَهُمْۖ وَإِنَّ فَرِيقًا مِّنْهُمْ لَيَكْتُمُونَ ٱلْحَقَّ وَهُمْ يَعْلَمُونَ
"ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތް ދެއްވި މީހުން އެއުރެންގެ އުފަންދަރިން ދަންނަ ފަދައިން އެކަލޭގެފާނު (އެބަހީ: محمد ގެފާނު) ދަންނާނެތެވެ. އަދި އޭގެތެރެއިން ބަޔަކު ދެނެތިބެގެންމެ، حق ވަންހަނާކުރާކަން ކަށަވަރެވެ." (2:146)
ށ. ކަރާމިއްޔާ މުރުޖިޢާއިން
މިއީ އިބްން ކަރީމް ކިޔާ މީހެއް އުފެއްދި މަގުފުރެދުމެކެވެ. މިބައިމީހުން ބުނަނީ އީމާން ކަމަކީ ހަމަ އެކަނި ދުލުން ބުނެލުން ކަމުގައެވެ. އެހެންކަމުން ޢަމަލާއި، ބަހާއި، ހިތުގައި އެކަން ކަށަވަރު ކުރުންވެސް މިބައިމީހުން އޭގެން ވަކި ކުރިއެވެ. އެހެންކަމުން ދުލުން ޝަހާދަތް ކިޔައިފި މީހެއް، އޭނާ ހިތުން އެކަން ކަށަވަރު ނުކުރިޔަސް، އަދި ޢަމަލުން އެއްވެސް ކަމެއް ނުކޮށް ކުފުރުތައް ކިޔައި ގޮވިޔަސް އޭނާ ތަކްފީރެއް ނުކުރެވޭނޭ ކަމަށް މިބައިމީހުން ބުނެ އެވެ.
=
🆕 The Hanafi Math’hab On the Obligation on the Islamic Nation to Rescue the Prisoner.
Abu ‘Ubaydah Ehsan Sadequee
Part 1 of a seriesTajdeed Publications Читать полностью…
of publications of the book:
“Taysir Al-'Aziz Al-Ghayūr fī Fikāk al-Asīr al-Īghūr min Fir'awn as-Sīn al-Maghrūr
(The Easing of the Almighty Protective One in Freeing the Uyghur Prisoner from the Deceived Pharaoh of China)
📝 What is meant by “the family of Muhammad” ﷺ
❝ Scholars differed about what is meant by «آل محمد» (the family of Muhammad) : Are they only his family or does that include all Muslims who followed him?
✅ Upon (these) two views, the rājīḥ (most correct) is that: they are his family.
The evidence for this is, (based upon the fact that) the narrations interpret each other. It has been proven in one of them, which is in Ṣaḥīḥ Muslim, that the Prophet, ﷺ said:
«قُولُوا اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى أَزْوَاجِهِ وَذُرِّيَّتِهِ...»،
“Say: “O Allah! exalt the mention of Muhammad, his wives and his offspring...””
«اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ...»
“O Allah, exalt the mention of Muhammad and the family of Muhammad...”
📖 ﴿وَٱصْبِرْ عَلَىٰ مَا يَقُولُونَ وَٱهْجُرْهُمْ هَجْرًا جَمِيلًا﴾ [المزمل : 10]
«އަދި އެއުރެން ބުނާ ބަސްތަކަށް ތިބާ ކެތްކުރާށެވެ! އަދި ރިވެތިވެގެންވާ ދޫކޮށްލުމަކުން، އެވެރިންނާއި ދުރުވާށެވެ...»
{هَجْرًا جَمِيلًا} (އެބަހީ) ކުށްވެރިކުރުމަކާއި ނުލައި ވަކިވުމެވެ. ސަލަފުންގެ ތެރެއިން ބޭކަލެއް މިފަދައިން ތަފްސީރުކުރެއްވިއެވެ. އަދި އިބްނުލް ޤައްޔިމް މިގޮތަށް ކަނޑައެޅުއްވިއެވެ.
— ސުލައިމާން އަލްޢަލްވާން (ބަސްކޮޅު)
~ ގަލަންދާނު
/channel/Namaadh
ނަމާދުގެ މުޙިއްމުކަން ހަނދުމަކޮށްދޭ ޗެނަލެއް. ކޮންބޭފުޅެއްގެ މަސައްކަތެއްކަމެއް ނޭނގޭ.
ފައިދާހުރި إن شـاء اللّـه.
اللهم بارك
⚠️❔ މުސްލިމު އަސީރުން މިނިވަން ކުޅައުމަށްޓަކައި ޒާކާތު ފައިސާ ހޭދަކުރުން ހުއްދަ ހެއްޔެވެ؟
❞ الحمد لله.
އާއެކެވެ. ޒަކާތު މުދައު ހޭދަކޮށްގެން އަސީރުން މިނިވަން ކުރުން ޖާއިޒެވެ. އެގޮތުން، ކާފަރުންގެ އަތްދަށު މުސްލިމެއް އަސީރުވެ، ފައިސާ ދީގެން މެނުވީ އޭނާ ދޫކޮށް ނުލައިފިނަމަ، ޒަކާތު މާލުން އޭނާއަށް ފިދިޔަ ދިނުން ހުއްދައެވެ. އެއީ ޒަކާތް ހޭދަކުރެވޭ ބައިތަކާއިމެދު ﷲ تعالى ވަޙީ ކުރެއްވި ބަސްފުޅުތެރޭ އޭނާ ހިމެނޭ ކަމަށްޓަކައެވެ: (وَفِي الرِّقَابِ) ”...އަދި الرِّقَابِ އަށެވެ.“ (އެބަހީ: އަޅުން މިނިވަން ކުރުމުގައިއޭ އެވެ.)
ޒަކާތް ހޭދަކުރެވޭ ބައިތަކާއި މެދު ”އަލްމަޥްސޫޢަތުލް ފިޤްހިއްޔާ“ (23/321) ގައި އައިސްފައިވެއެވެ: ”މުޝްރިކުންގެ އަތްދަށުން މުސްލިމު އަސީރެއް ޒަކާތުން ހޭދަކޮށް ފިދިޔަކޮށް ދިނުމާއި މެދު، ދަންނައެ: ޙަންބަލީންނާއި، މާލިކީން ތެރެއިން އިބްނު ޙަބީބާއި އިބްނު ޢަބްދުލް ޙަކަމް މި ބައި ޖާއިޒުކަމުގައި ކަނޑައެޅިއްވިއެވެ. އެހެނީ އޭގެން އަސީރެއް އަޅުވެތިކަމުން މިނިވަން ކުރެވޭ ކަމަށްޓަކައެވެ. އެގޮތުން (ޒަކާތުގެ ބައިތައް އެކުލެވޭ) އާޔަތުގެ ތެރެއަށް ވަދެއެވެ. އަދިކިއެއްހެއްޔެވެ؟ އަހަރެމެންގެ (މުސްލިމުންގެ) ބައެއްގެ އަތްދަށުގައިވާ އަޅުން މިނިވަން ކުރުމަށް ވުރެ، އެކަންތައް އަޥްލާކަން ބޮޑެވެ.“ — ނިމުނީ.
އަދި ”އައްލަޖްނަތުއް ދާއިމާ“ ގެ ފަތުވާގައި (10/6) އައިސްފައިވެއެވެ: ”އެއިލާހު تعالى ގެ ވަޙީ ބަސްފުޅު {وَفِي الرِّقَابِ} ގެ މުރާދަކީ، ޒަކާތު މާލު ހޭދަކޮށްގެން މުސްލިމު އަޅުން މިނިވަން ކުޅައުމެވެ. އެއީ އަޅު ފިރިހެނަކަސް އަދި އަންހެނެކަސް އެވެ. އަދި މީގެތެރޭގައި ހިމެނެނީ: އަސީރުން މިނިވަން ކުޅައުމާއި މުކާތިބުންނަށް ⁽¹⁾ އެހީތެރިވެދިނުމެވެ.“ — ނިމުނީ.
އަދި ޝެއިޚު ޢަބްދުލް ޢަޒީޒު ބުނު ބާޒު رحمه الله ވިދާޅުވިޔޭ: ”(ޢިލްމިވެރިންގެ ބަސްފުޅުތަކުގެ ތެރެއިން) ޞައްޙަވެގެންވާ ޤަޥްލުގެ މައްޗަށް ބަލައި، އެއިލާހުގެ ވަޙީ {وَفِي الرِّقَابِ} ތެރެއަށް ވަންނަ އަނެކެއްޗަކީ: އަސީރުން މިނިވަން ކުޅައުމެވެ. ކާފަރުންގެ އަތްދަށުގައިވާ މުސްލިމު އަސީރުންނެވެ. އެމުސްލިމުންތައް މިންޖުކުޅައުމުގެ ގޮތުން އަދި އެމުސްލިމު އަސީރުން މިނިވަންކޮށްފުމުގެ ގޮތުން، އެކާފަރުންނަށް ޒަކާތުން ފިދިޔަ ހަވާލުކުޅައުމެވެ.“ —”މަޖްމޫޢުލް ފަތާވާ“ (14/15) އިން، ބަސްކޮޅު ނިމުނީ.
”އަލްކާފީ“ ގައި އިބްނު ޤުދާމާ ވިދާޅުވިއެވެ: ”އަދި އޭގެން (އެބަހީ: ޒަކާތުން) މުސްލިމު އަސީރުން މިނިވަން ކުރުމަށް ހޭދަކުރުން ހުއްދައެވެ. އެހެނީ އެއިން މިނިވަން ވެވެނީ އަސީރެއް، އޭނާގެ އަޅުވެތިކަމުންނެވެ.“
(މިއާއި ހަވާލާދެއްވައި) އިބްނުލް ޢުޘައިމީން رحمه الله ވިދާޅުވިޔޭ: ”މިބުނުން ޞައްޙައެވެ. އެހެނީ އެކަންތައް ވަނީ އަޅުވެތިކަމުގެ ތެރެއިންނެވެ. އަދި މިޒަމާނުގެ ބަހުރުވައިގައި މިކަންތައް ދަނެގަނެވެނީ ރަހީނުވުމުގެ ނަމުގައެވެ. ޢަދުއްވުންގެ އަތްދަށުގައި ރަހީނުވެފައިވާ މުސްލިމުންނެވެ. އަދި ޢަދުއްވުން ބުނެއެވެ: ”ފައިސާއެއް ނުދެނީސް އެވެރިންނެއް ކަލޭމެންނަކަށް ދުލެއް ނުކުރާނަމެވެ.“ އެހެން ކަމުން މި ރަހީނުންތައް މިނިވަން ކުޅައުމަށް ޒަކާތުން ހޭދަކުރެވެއެވެ. މިކަމުގައި މައްސަލައެއް ނުވެއެވެ.“ — ”ޝަރްޙުލް ކާފީ“ އިން، ނިމުނީ.
والله أعلم. ❝
— އިސްލާމް، ސުވާލާއި ޖަވާބު (ފަތުވާ ނަންބަރު 130549)
~ ގަލަންދާނު
➋
އޭނާ އަކީ މީސްތަކުންގެ ތެރެއިން، އެބަޔަކަށް އެހީތެރިވެދީ މަދަދުވެރިވުމަށް އެންމެ ޙައްޤުވެގެންވާ އެކަކެވެ. އަދި ނަބިއްޔު ﷺ އަށް ﷲ ވަނީ، އަނިޔާލިބެމުންދާ މީސްތަކުންނަށް ނަޞްރުވެރިވުމަށް އަމުރު ކުރައްވާފައެވެ. އަދި ފިދިޔަ އާއި މުދަލާއި އެނޫންވެސް ގޮތަކުން، އޭނާ އަށް ސަލާމަތްކަން ހޯދައި ނުދެވިއްޖެ ނަމަ، އޭނާ އެކަމުން ސަލާމަތް ކުރުމަށް އަދި ނަޞްރުވެރި ވުމަށް ވީއެންމެހާ ރޮނގަކުން ގަދައަޅައި މަސައްކަތްކުރުން ވާޖިބުވެގެން ވެއެވެ. އެހެނީ އިސްލާމް ދީނަކީ ނަޞްރުވެރި ވުމުގެ ދީނެކެވެ. އަދި މުއުމިނުންނީ އަޚުން ތަކެކެވެ. އަދި މުސްލިމަކު އޭނާގެ މުސްލިމު އަޚާ މާޔޫސްކަމަށް (ބޭވަފާގައި) ދޫކޮށްނުލާނެތެވެ. އަދި އޭނާގެ އަޚާއަށް އެހީތެރިވުމުގައި ﷲ ގެ އަޅަކު ދެމިހުރިހާ ހިނދަކު، ﷲ ވަނީ އޭނާއަށް އެހީތެރިވެ ވޮޑިގެންނެވުމިގައެވެ. އެހެންކަމުން މުސްލިމަކަށް ނަޞްރުވެއްޖެ މީހަކަށް، ﷲ ނަޞްވެރިވެ ވޮޑިގަންނަވައެވެ. އަދި ޙިމާޔަތް ދޭ މީހަކަށް ﷲ ޙިމާޔަތް ދެއްވައެވެ. މަދަދުދޭ މީހަކަށް ﷲ މަދަދުދެއްވައެވެ. އޭނާ (ތުރާތަކުން) ދިފާޢު ކޮށްދީފި މީހާ، ﷲ އެއިލާހުގެ ބިންގަނޑުން ދިފާޢު ދެއްވައެވެ. އޭނާ މާޔޫސްވުމަށް ދޫކޮށްލައިފިމީހާ، ﷲ އޭނާ ނާއުއްމީދަށް ދޫކޮށްލައްވައެވެ. އަދި ބަދަލު ލިބުންވަނީ އެޢަމަލަކާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ.⁽³⁾ ❝
— ޢަބްދުލް މަލިކް އަލްޢަލްވާން، އެބޭފުޅާގެ ބައްޕަ، އައްޝައިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން ގެ އަރިހުން (ބަސްކޮޅު)
~ ގަލަންދާނު
ــــــــــــــــــــ
[3] މި މާނައަށް ދޭހަވާ ޙަދީޘް ތަކުގެ ތެރޭ:
މުސްލިމް ރިވާކުރެއްވި އަބޫ ހުރައިރާ رَضِيَ اللَّهُ عَنْهُ ޙަދީޘް ހިމެނެއެވެ: ވިދާޅުވިއެވެ: ”ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ: «مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا؛ نَفَّسَ اللَّهُ عَنْهُ كُرْبَةً مِنْ كُرَبِ يَومِ الْقِيَامَةِ. وَمَنْ يَسَّرَ عَلَى مُعْسِرٍ؛ يَسَّرَ اللَّهُ عَلَيهِ فِي الدُّنْيَا وَالْآخِرَةِ. وَمَنْ سَتَرَ مُسْلِمًا؛ سَتَرَهُ اللَّهُ فِي الدُّنْيَا وَالْآخِرَةِ. وَاللَّهُ فِي عَونِ الْعَبْدِ مَا كَانَ الْعَبْدُ فِي عَونِ أَخِيهِ...» މާނަ: ”މުއުމިނެއްގެ ކިބައިން ދުނިޔޭގެ ހިތާމަތަކުން ހިތާމައެއް ފިލުވައިދީފި މީހަކަށް، ޤިޔާމަތް ދުވަހުގެ ހިތާމަތަކުން ހިތާމައެއް ﷲ އޭނާގެ ކިބައިން ފިއްލަވައިދެއްވާނެއެވެ. އަދި ދަތި ހާލުގައި ޖެހިފައިވާ ފަރާތަކަށް ފަސޭހަ ކޮށްދީފި މީހަކަށް، ދުނިޔެއާއި އާޚިރަތުގައި ވެސް ﷲ އޭނާއަށް ފަސޭހަ ކޮށްދެއްވާނެއެވެ. އަދި މުސްލިމަކު ފަރުދާކޮށް (އޭނާގެ ކުށްތައް ފޮރުވައިދީފި) މީހަކަށް، ދުނިޔެއާއި އާޚިރަތުގައި ﷲ އޭނާ ފަރުދާކޮށްދެއްވައި (އޭނާގެ ކުށްތައް ފޮރުއްވައި ދެއްވާނެއެވެ.) އަދި (ﷲގެ) އަޅަކު، އޭނާގެ އަޚާއަށް އެހީތެރިވުމުގައި ވާހައި ހިނދަކު، ﷲ އޭނާއަށް އެހީތެރިވުމުގައި ވޮޑިގެންވާނެއެވެ.“(ބައްލަވާ: ޞަޙީޙް މުސްލިމް 2699)
ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ: «الْمُسْلِمُ أَخُو الْمُسْلِمِ لاَ يَظْلِمُهُ وَلاَ يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ وَمَنْ فَرَّجَ عَنْ مُسْلِمٍ كُرْبَةً فَرَّجَ اللَّهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ» ”އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ. އޭނާ އޭނާގެ އަޚާއަށް އަނިޔާވެރިއެއްވެސް ނުވާނެއެވެ. ދެރަނިކަމެއްޗެއްވެސް ނުކޮށްލާނެއެވެ. އަދި (ޢަދުއްވަކަށް) ހަވާލެއްވެސް ނުކުރާނެތެވެ. އެމީހެއްގެ އަޚާގެ ބޭނުންތައް ފުއްދައިދޭ މީހާ، ދަންނައެ، ﷲ އެމީހެއްގެ ބޭނުން ފުއްދަވައި ދެއްވުމުގައި ވޮޑިގެންވެއެވެ. އަދި ކަންބޮޑުވުމަކުން މުސްލިމަކު މިންޖު ކޮށްދީފި މީހަކަށް، ޤިޔާމަތް ދުވަހުގެ ކަންބޮޑުވުންތަކުގެ ތެރެއިންކަމެއް ﷲ މިންޖުކޮށް ދެއްވާނެއެވެ.“(ބައްލަވާ: ޞަޙީޙް އަލްބުޚާރީ 2442) އަދި މިނޫން ނައްޞުތައް ހިމެނެއެވެ. Читать полностью…
⬆️ ޖިހާދާއި ޝަހީދުންގެ މަންޒިލް
❞ ޖިހާދާއިމެދު އައިސްފައިވާ ވަރުގެ އެއްވެސް އެއްޗެއް ޢަމަލުތަކުގެ ޘަވާބާއިމެދު ވާރިދުވެފައި ނުވެއެވެ. އެހެނީ އޭގައި އެންމެހާ އަޅުކަމެއް ޝާމިލުވެފައިވެއެވެ. އަދި އެ ޤާއިމުވެގެންވަނީ ހެޔޮ ދެކަމުގެ މައްޗަށެވެ: އެހެންޏާ ނަޞްރާއި ކާމިޔާބީއެވެ. ނޫނީ ޝަހާދަތާއި ޖަންނަތެވެ.
މީސްތަކުންގެ ތެރެއިން އެންމެ މަތިވެރިވެގެންވާ މީހަކީ ކޮބައިތޯ، ނަބިއްޔު ﷺ އާއި ސުވާލު ދެންނެވުނެވެ. އެހެންކަމުން ޙަދީޘް ކުރެއްވިއެވެ: «مؤمن يجاهد بنفسه وماله» ”އޭނާގެ ނަފުސާއި މުދަލުން ޖިހާދު ކުރާ މުއުމިނު މީހާއެވެ.“ —متفق عليه ⁽¹⁾
މިއަދު ޖިހާދާއިގެން ކޮޅަށް ތެދުވެއްޖެ މީހަކީ، އެންމެ އިހުގެ މުހާޖިރިއްޔަ އަދި އަންޞާރިއްޔަ ބޭކަލުންގެ ތެރެއިން އެންމެ އަވަސްވެލެއްވި ބޭކަލުންނަށް ހެޔޮކަމުގައި ތަބަޢަވެއްޖެ މީހުންގެ ތެރެއިން މީހެކެވެ. އޭނާއީ މީސްތަކުންގެ ތެރެއިން އެންމެ މަތިވެރި މީހާއެވެ. އޭނާގެ މަންޒިލަކީ އެންމެ މަތިވެރި މަންޒިލެވެ. ދަރަޖަޢަކީ އެންމެ އުހެވެ. އަދި ޤަތުލަކީ މަރުތަކުގެ ތެރެއިން އެންމެ ލުޔެވެ. ނިމުމަކީ އެންމެ ފަޟުލުވެރި ނިމުމެވެ. އަދި ގޮވައްޗަކީ ޖަންނަތެވެ. ގޮވަތި ތަކުގެ ތެރެއިން އެންމެ ފުރިހަމަ، އެންމެ މޮޅުއިތުރު ގޮވައްޗެވެ.
ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ: «رأيت الليلة رجلين أتياني فصعدا بي الشجرة وأدخلاني داراً هي أحسن وأفضل، لم أر قط أحسن منها، قالا: أما هذه الدار فدار الشهداء»
”ރޭގައި ތިމަންކަލޭގެފާނުގެ އަރިހަށް ދެ ބޭކަލަކު ވަޑައިގަތީތީ (ހުވަފެންފުޅުގައި) ދެކެވަޑައިގަތީމެވެ. އެ ދެބޭކަލުން ތިމަންކަލޭގެފާނާއިގެން ގަހަކަށް އަރައިވަޑައިގަތެވެ. ދެން ގެއަކަށް ވެއްދެވިއެވެ. އެއީ، އެފަދަ ފުރިހަމަ އެހާމޮޅުއިތުރު ގެއެއް ތިމަންކަލޭގެފާނު ދުވަހަކުވެސް ދެކެވަޑައިގެން ނުވާފަދަ ފުރިހަމަ ގެއެކެވެ. އެއިން ބޭކަލެއް ވިދާޅުވިއެވެ: ”ދެނެވަޑައިގަންނަވާށެވެ! މިއީ ޝަހީދުންގެ ގޮވައްޗެވެ.“ — މިޙަދީޘް ރިވާކުރެއްވީ އަލްބުޚާރީ⁽²⁾ އެވެ. ❝
— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން (ބަސްކޮޅު)
~ ގަލަންދާނު
ـــــــــــــــــــ
[1] އެބަހީ، އަލްބުޚާރީ އާއި މުސްލިމް.
ބެލުމަށް: އަލްބުޚާރީ (4/15، ނަންބަރު 2786)، މުސްލިމް (3/1503، ނަންބަރު 1888). އޭގެ އިތުރުން އަޙްމަދު (3/88، ނަންބަރު 11856)، ޢަބްދު ބުންމު ޙުމައިދު (ޞަފްޙާ 301، ނަންބަރު 975)، އަދި އައްތިރުމިޛީ (4/186، ނަންބަރު 1660) އަދި ވިދާޅުވިއެވެ: ”ޞައްޙައެވެ.“ އަދި އައްނަސާއީ (6/11، ނަންބަރު 3105). އަދިވެސް: އިބްނު މާޖާ (2/1316، ނަންބަރު 3978)، އަދި އިބްނު ޙިއްބާން (10/459، ނަންބަރު 4599) ގައި.[2] އަލްބުޚާރީ (2791) #حديث_صحيح Читать полностью…
②
✅ Our Shaykh ʿAbdur Razzāq Al-Badr حفظه الله informed that in his findings of this supplication, the earliest person mentioning it was Al-Ḥāfiẓ, the scholar, Abū Ḥafṣ ʿUmar bin Aḥmad bin ʿUthmān bin Shāhīn, who passed away in the year 385 h. , who mentioned it his book, “Sharḥ Madhāhib Ahl al-Sunnah Wa Maʿrifat Sharāʾiʿ al-Dīn Wal-Tamassuk bil-Sunan” page 36, an he described it as “From the supplications of those who preceded”. But he narrated it in the wording:
اللَّهُمَّ أَرِنَا الْحَقَّ حَقًّا وَأَلْهِمْنَا اتِّبَاعَهُ، وَأَرِنَا الْبَاطِلَ بَاطِلًا، وَأَلْهِمْنَا اجْتِنَابَهُ
“O Allah, show us the truth as truth and inspire us to follow it. Show us the falsehood as falsehood and inspire us to stay away from it.”
❤️ There is no doubt that scholars have mentioned this supplication because of the great and beautiful meaning it contains, which the servant is in need and strives to achieve, including achieving the distinction between truth and falsehood, by knowing the truth and adhering to it, and knowing falsehood and avoiding it. Even Al-Ḥāfiẓ Ibn Shāhīn himself said while citing this supplication that which is evident of this meaning, in page 36, he said:
“Hence it is made clear to us that the people of salvation are those who know what is good and that which is corrupt, in the time when people are in conflict. So whoever does not know the truth will fall into falsehood, and whoever knows falsehood will avoid it.”
“I am now writing in the noblest manner in order to assist in directing to the truth and the way that is best. If the King has among his advisors wise men whose judgement and sincerity he trust, then he should consult with them on the realities of knowledge and origins of religions. He should not be satisfied being a part of those blind following Christians, who hear not, understand not and they are like the lead animals and even worse. This endeavour can be achieved by relying upon Allah and seeking His guidance. The King should say,
اللَّهُمَّ أَرِنِي الْحَقَّ حَقًّا، وَوَفِّقْنِي لِاتِّبَاعِهِ، وَأَرِنِي الْبَاطِلَ بَاطِلًا، وَوَفِّقْنِي لِاجْتِنَابِهِ، وَلَا تَجْعَلْهُ مُشْتَبِهًا عَلَيَّ، فَأَتَّبِعَ الْهَوَى
“O Allah, show me the truth as truth and guide me to follow it. And show me the false as false and guide me to avoid it. And do not make it doubtful to me, such that I might follow my desires.”
The King should say,
اللهم رب جبريل وميكائيل وإسرافيل فاطر السموات والأرض عالم الغيب والشهادة أنت تحكم بين عبادك فيما كانوا فيه يختلفون: اهدني لما اختلف فيه من الحق بإذنك إنك تهدي من تشاء إلى صراط مستقيم.
"O Allah! The Lord of Jibrīl, Mīkāʾīl and Isrāfīl, the Originator of the Heavens and Earth, the All-Knowing of the seen and the unseen, You are the Judge between your servants in their disagreements. Guide me, O Allah, to the truth with your grace for You guide who You will to the straight path!" (Note: this is the night prayer's opening supplication as mentioned before, narrated by Muslim no. 770)
What I wish to convey unto the King, are my hopes for his well-being and benefit in this life and the next. These hopes are two things, one personal and the other general. On a personal note, I wish for him to grasp knowledge and religion, for truth to unveil before his eyes and for doubt to disappear. I wish for him to worship Allah, according to His Command, for it is better than rule over the whole earth. Indeed, this is what the Messiah was sent with and what his disciples were taught.
The second is for his benefit and that of the Muslims in his lands in general. This can be attained through his help to our prisoners and commanding his people to treat them with kindness and aid their release...”
🤖 Comments open via bot
/channel/galandan_bot
💬 Alternatively [temp open]
https://ngl.link/galanfoshi
💬ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ رَحِمَهُ ٱللَّٰهُ ގެ ”އަލްޢަޤީދަތުލް ވާސިޠިއްޔާ“ ގެ ޝަރަޙައިގެ ދިވެހި ތަރުޖަމާ (ޓެކްސްޓް ހައިލައިޓު ކުރެވޭގޮތަށް)
މިފޮތުގެ ކުރީގެ ކޮޕީ (ދިވެހި ތަރުޖަމާގެ އިސްބަސް ފިޔަވައި ފޮތުގެ މައިގަނޑަކީ އެކައްޗެއް)
(ނޯޓް: މިކޮޕީ މައިކުރޯސޮފްޓް ވަން-ޑްރައިވް އިން ހުޅުވައިގެން ދިވެހިބަހުން ސާރޗް ކޮށް ކޮޕީ ކުރެވޭނެ)
އެންޑްރޮއިޑް | އެޕަލް
ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ رَحِمَهُ ٱللَّٰهُ ގެ ”އަލްޢަޤީދަތުލް ވާސިޠިއްޔާ“ ގެ ޝަރަޙައިގެ ދިވެހި ތަރުޖަމާ
Читать полностью…⑤
4⃣އިރުޖާ އާއި ލާދީނިއްޔަތާއި ޕޮލިޓިކްސް
އިރުޖާ ގެ ފިކުރު އެންމެ ވަރުގަދަޔަށް ފާޅުވަނީ ނުބައި އަދި ޠާޣޫތީ ވެރިކަމުގެ މަޞްލަޙަތާއި ގުޅުން ހުރި ކަންކަމުގައެވެ. އެހެނީ އިރުޖާ އަކީ އިސްލާމް ކަމުގެ ތަރަހައިން ބޭރުވާ ކަންކަން ކުރާ މީހުންނަށްވާ ނިވާފަތްގަޑަކަށް ވުމުންނެވެ.
ޝައިޚް ސުލައިމާން އަލްޢަލްޥާން ވިދާޅުވިއެވެ:
❞ އެހެންކަމުން މި ފިކުރުގެ ޙީލަތް ތަކުގެ ތެރޭގައި، ބިންމަތީ ފަސާދަ ފެތުރުމާއި، ﷲ ގެ މަގުގައި ޖިހާދު ހުއްޓުވުން ހިމެނެއެވެ. އަދި ޝިރުކާއި ބިދުޢަ ތަކާއި މަގުފުރެދުންތައް، މުސްލިމުންގެ ތެރޭ ފަތުރައެވެ: ސިޔާސީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި، ފިކުރީ އަދި އިޖުތިމާޢީ ގޮތުން ނެވެ.
އަދި މިއާއި އެކު، ޝަރީޢަތުގެ މަތިން އޮންނަ ފިކުރު ގެއްލި، އިރްޖާ މަޛްހަބުގެ ފިކުރު ސެކިއުލަރ ފިކުރާއި މަސްހުނި ކުރެވުނެވެ. އެއީ ދީނާއި ދުނިޔެ ވަކި ކުރުމުގެ ފިކުރެވެ. އަދި މީގެ ސަބަބުން ޢާންމުން ގެ ފިކުރު ބައްޓަން ކުރެވުނީ، އަޅުކަމަކީ ހަމަ އެކަނި ގޭތެރެޔާއި މިސްކިތް ތަކުގެ ތެރެއަށް ފިޓު ކުރެވިފައިވާ އެއްޗެއް ކަމެވެ. އަދި ވެރިކަން ކުރުމާއި ސިޔާސީ ކަންކަމުގައި ދީނުގެ އެއްވެސް ބަޔެއް ނުވާ ކަމަށެވެ. އަދި ކިޔެއްހެއްޔެވެ؟ (މިޒަމާނުގެ މުރިޖިޢާއިން ގެ ބޮޑެއް) އަމިއްލަ އަގައިން ޚުދު ކުފުރުގެ ބަސް ބުންޏެވެ: "ﷲ ގެ ޙައްޤު ﷲ އަށް ދޭށެވެ. އަދި ކައިސަރުގެ (އެބަހީ: ވެރިމީހާގެ) ހައްޤު ވެރިމީހާ އަށް ދޭށެވެ". އެހެނީ މި ޖާހިލު މަގުފުރެދުމަށް ހަމައެއް ލަމައެއް އަދި ޤަވާއިދެއް ނުވެއެވެ. އެހެންކަމުން މިކަން މިވަނީ ގޯހުން ގޯހަށް ގޮސްފައެވެ. ހަމަ ކަށަވަރުން، މި މަގު ފުރެދުމާއި، ﷲ ގެ މަގު ދޫކޮށްލުމަކީ މުޖުތަމަޢުތައް އެކީ އެއްކޮށް ޖަނަވާރުކޮއްލާ ކަންތަކެވެ. އަދި ވަކި ފަރުދުންގެ ޙާލަތު އޮންނާނީ ކިހިނަކުން ހެއްޔެވެ؟ އެއީ އޭގެ ސަބަބުން މުޖުތަމަޢުތަށް އަމިއްލަ އެދުމުގެ އަޅުންނަށް، ޠާޣޫތުންގެ އަޅުންނަށް، ފައިސާ ގެ އަޅުންނަށް، މާއްދިއްޔަތުގެ އަޅުންނަށް އަދި ނަޞަބާއި ކާބަފައި ކަމުގެ އަޅުންނަށް ހަދާލުމާއި ހަމަ އަށެވެ. އަމިއްލަ ހަވާ ނަފުސުގެ އެދުންތަކަށް ވަކާލާތު ކުރާ ބަޔެއް ކަމުގައި ނުވެސް އެނގިތިބެ އެވެރިން ވެ ދެއެވެ. އަދި ﷲ ގެ ޝަރީޢަތާއި ތެދުމަގު ދޫކޮށް އެވެރިން ފަހަނަ އަޅައިދާ މިންވަރުގެ މައްޗަށް، ޠާޣޫތަށް އަޅުކަން ކުރުމާއި މީސްތަކުންގެ ފުށުން ޙުކުމް ހޯދައިގެން އެވެރިންގެ މައްޗަށް ނިކަމެތިކަން ފާވެ އެވެ.❝
(ޝައިޚުގެ ފޮތް، ألا إن نصر الله قريب އިން ނެގިފައިވާ ތަންކޮޅެއް)
އިބްން ކަޘީރު، އިބްނު އަސާކިރު އަރިހުން: އަންނަދްރު އިބްނު ޝުމައިލް އަރިހުން މައުމޫނު "އިރުޖާ އަކީ ކޮބާ" ތޯ ސުވާލު ކުރުމުން ދެންނެވި ކަމަށް ރިވާކުރެއްވި އެވެ:
"އެއީ ރަސްރަސްކަލުންނާއި އެއްބަސްވާ ދީނެކެވެ. އޭގެން އެވެރިން ދުނިޔެ ހޯދަމުން ދެއެވެ. އަދި ދީން ދޫކުރަމުން ދެއެވެ."
(البداية والنهاية 10/276) (އައްނަދްރު އަކި އައްނަޙަވީ އެވެ. ޢަރަބި ބަހުގެ ޤަވަޢިދާއި ޙަދީޘް ޢިލްމަށް އަރައި ހުންނެވި އިމާމެކެވެ. އަލްބުޚާރި އާއި މުސްލިމް އެކަލޭގެފާނު އަރިހުން ޙަދީޘް ރިވާ ކުރެއްވިއެވެ.)
އިރުޖާ އާއި ސެކިއުލަރިސްމް އަދި "އިލްހާދު" (ލާދީނިއްޔަތު، އޭތިސްމް) އާއި ހުރި ގުޅުން ކިޔައި ދެއްވަމުން، ޢަބްދުއްރަޙީމް ޅޮހީ ވިދާޅު ވި އެވެ:
"އިރުޖާގެ ނުރައްކާ ބޮޑުވާ ގޮތަކީ ކުފުރު ވާ ކަންކަމާއި ކުފުރަށް ނުވާ ކަންކަމަށް ޢާންމުންނަށް ޒީނަތްތެރި ކޮށްދިނުމެވެ. މިކަމުގެ ސަބަބުން އިލްހާދާއި ސެކިއުލަރިސްމް އަށް މަގުފަހިވޭއެވެ. އިރުޖާ ފެތުރޭ ތަނެއްގައި އިލްހާދު ފެތުރުން އާންމުވާނެއެވެ. ސަބަބަކީ ކުފުރު ވާ ކަންކަން، ކުފުރު ނުވާ ކަމަށް ހަދައިގެން އެމީހުން ކޮށްކޮށް ދީނުގެ އަޞްލުން ބޭރުވީމަ ދެން ފަރުޢީ ކަންކަންވެސް މާ ބޮޑު ކަންކަމަކަށް ނުވާނެއެވެ. ދެން ދީން ދޫކޮށްލުމާ ދީނަށް އޮންނަ ސަމާލުކަން ދާނެއެވެ. އަދި ޒުވާނުން ދީނާއި ދުރަށް ދާނެއެވެ. އިރުޖާގެ އަހުލުވެރިން ގެ މަސައްކަތަކީ އާދާމް ގެފާނާއި ހިސާބުން ފެށިގެން ބޮޑެތި ކުފުރުގެ ޢަމަލު ކުރާ މީހަކަށް ޢުޛުރެއް އޮތްނަމަ ޢުޛުރު ދިނުމެވެ. އަދި ތައުޔީންގައި (ވަކި މީހަކަށް ކުފުރު ޖަހާ މައްސަލަ) ބަލަން ޖެހޭ ކަންކަން މުޠްލަޤަށްވެސް (ވަކި ފަރުދަކަށް ޚާއްޞަ ނުކޮށް) ވައްދާ މިވެނި ކަމެއްގަ ކުފުރު ނުވާނެ ކަމަށް ބުނުމެވެ. މިސާލަކަށް އިސްތިޙްލާލް ކުރުމަކި ބޮޑު ކުފުރެކެވެ. އެހެން ބުނެފައި ޙުއްޖަތް ފޯރާ ޢުޛުރު ނެތް މީހާއަށް ޢުޛުރުދީ ޢުޛުރުނެތް ކަންކަމަށްވެސް ޢުޛުރު ދީ އެކަން ރަނގަޅުކޮށްލައެވެ. މިސާލަކަށް ﷲގެ ޙުކުމްތައް ކަމުނުދާ ކަމަށް ވާހަކަ ދެއްކި މީހާއަށް ދީނުގެ ޝަރީޢަތް ބަދަލު ކުރީމަ، ހަވާނަފުސަށް ކުރާ ކަމެއްކަމަށް ބުނެ ޢުޛުރު ދިނުމެވެ. ޑިމޮކްރަސީއަކީ ޠާޢޫތީ އެއްޗެކޭ ބުނެފައި އެޔަށް އުޅޭ މީހާއާައި ގޮވާ މީހާއަށް ﷲ ދީން ބަދަލު ކުރާ މީހާ ކުފުރު ނޫން ކަމަށް ބުނުމެވެ. ﷲ ނޫން ފަރާތަކަށް ޝިރުކު ކުރާ މީހާ ތަކްފީރް ނުކުރުމެވެ."
③
ނ. ޣުލާތު މުރްޖިޢާއިން (ހައްދު ފަހަނަ އެޅި މުރްޖިޢާއިން)
މިއީ މުރުޖިޢާއިން ގެ އެންމެ ގިނަ ބާވަތެވެ. މިބައިމީހުން ބުނަނީ އީމާން ކަމަކީ "ކަށަވަރު" ކުރުން ކަމުގައެވެ. (ތަސްދީޤް: އެބަހީ ހިތުގެ އަޑިން ތެދުކުރުން). އަދި ދުލުން ކޮންމެ އެއްޗެއް ބުންޏަސް ޢަމަލުން ކޮންމެ ކަމެއް ކުރިޔަސް އެއެއް ހިތު ތެރޭގައި ވާ އެއްޗެއް ރަމްޒެއް ނުކުރާނޭ ކަމެވެ. އަދި ހިތާއި އެއްވެސް ގުޅުމެއް ނުވާނޭ ކަމެވެ.
އެހެން ކަމުން މިބައިމީހުން ގެ ނަޒަރުގައި މީހަކު ކާފަރު ކުރެވޭނީ އޭނާ ޞަރީޙަ ބަހުން އޭނާ ގެ ހިތުގެ އަޑިން ކުފުރު ވެއްޖެ ކަމަށް ނޫނީ އީމާން ކަން ކަށަވަރު ނުކުރާ ކަމަށް ބުނުމުންނެވެ. އެހެން ނޫނީ އޭނާ ކުރާ ކުފުރެއް ނޫނީ ބުނާ ކުފުރުގެ ބަހެއްވިޔަސް އޭނާ ކާފަރެއް ނުވާނެއެވެ.
އަދި މީގެ އެންމެ ނުބައި މީހުން ބުނެތެވެ: ހިތު ތެރޭ ތަޥްޙީދު ވާނަމަ، ކުރާ ޢަމަލުތަކުގެ ސަބަބުން ނަރަކަޔަކަށް ނުލެވޭނެ އެވެ. އެހެނީ މިބައިމީހުން ޢަމަލަކީ އެއްވެސް ގޮތަކަށް އީމާން ކަމުގެ ބައިތަކުގެ ތެރެއިން ބަޔެއް ކަމުގައި ނުހަދަ އެވެ. އިބްނު ތައިމިއްޔާ މިވާހަކަ ނަޤުދު ކުރައްވާފައި ވެ އެވެ.
3⃣ މިޒަމާނުގެ އިރުޖާ
އަހަރެމެންގެ މިޒަމާނުގައި އިރުޖާ ވަނީ ބަލިމަޑު ކަމެއްހެން ފެތުރިފަ އެވެ. އާންމު ފަރުދުންނާއި ދީނަށް ގޮވާލާ މީހުންގެ މެދުގަ ވެސްއެވެ.
• ޢާންމުން:
ޢާންމު ފަރުދުން ގެ އިރުޖާ ވަރަށް މަޝްހޫރެވެ: "އިމާން ކަން ވަނީ ހިތުގައެވެ." އެވެރިން ޢަމަލުތަކަށް ސަމާލު ކަމެއް ނުދެއެވެ. އަދި ކިޔެއްހެއްޔެވެ؟ އެއަށް އިހުމާލުވެ، ގުނަވަން ތަކުގެ ޢަމަލުތައް ކުޑައިމީސް ކުރެއެވެ. އީމާން ކަމަކީ އިޚްލާޞް ތެރި ނިޔަތޭ ދައުވާކުރަމުންނެވެ.
• ދީނަށް ގޮވާލާ މީހުން
ދަޢުވަތު ދޭ މީހުންގެ އިރުޖާ ފިކުރު ވަނީ އީމާން ކަން އެބައިމީހުން ތަޢުރީފު ކޮށް ކިޔައިދޭ އިރަކު ނޫނެވެ. އެބައިމީހުން އީމާން ކަން ކިޔައިދެނީ އަހްލުއްސުންނަތާއި އެއްގޮތަކަށެވެ. އީމާން ކަމަކީ ދުލުގެ ބުނުމާއި، ހިތުގެ ކަށަވަރު ކުރުމާއި، ގުނަވަން ތަކުގެ ޢަމަލު ކަމަށެވެ. އީމާން ކަމަކީ ދުލާއި ޢަމަލު ކަމުގަ އެވެ. މިއީ އަހްލުއްސުންނަތް ދެކޭ ގޮތެވެ.
އެހެނަސް، ތަޢުރީފު ތަންފީޒު ކުރަން ޖެހުމުން، ވަކިން ޚާއްޞަ ކޮށް، އީމާން ކަން ގެއްލޭ މުރުތައްދުވެ ތަކްފީރު ކުރަން ޖެހޭ ޙާލަތް ތަކުގައި، "ގުނަވަން ތަކުގެ ޢަމަލު" އެބައިމީހުން އީމާން ކަން ގެއްލޭ ކަންތަކުގެ ތެރޭ ނުހިމަނާކަން ސާފު ވެއެވެ.
އަދި އޭގެ ތެރެއިން ގިނަ މީހުން، އަހުލުއްސުންނަތުގެ ޞައްޙަ އަޤީދާ ފަދައިން، އީމާން ކަމަކީ ހެޔޮ ޢަމަލުތަކުގެ ސަބަބުން އިތުރުވެ ނުބައި ޢަމަލުތަކުގެ ސަބަބުން މަދުވާ އެއްޗެއް ކަމަށް ބުނެއެވެ.
އެހެނަސް ފާފަތަކާއި ނުބައި ޢަމަލު ތަކުގެ ސަބަބުން އެވެރިންނަށް އީމާން ކަން ހަމަ އެކަނި މަދުވަނީ އެވެ، ދުވަހަކުވެސް ގެއްލިގެނެއް ނުދެއެވެ. އެއީ އެންމެ ޙާލަތެއްގައި މެނުވީ އެވެ: (ފަރުޟު އަމުރަށް) އިންކާރު ކުރުން، (ނުބައި ފާފަޔާއި ކުފުރު ޢަމަލު ވިޔަސް) ޙަލާލު ކުރުން ނުވަތަ ހިތުގެ ނިޔަތެވެ. އެ ޢަމަލަކީ ކިތަންމެ ބޮޑު އަދި ނުބައި ޢަމަލަކަށް ވިޔަސް ފަރުވާލެއް ނެތެވެ. ނަބިއްޔު ﷺ ގެ މި ޙަދީޘް ފުޅުގައި މިކަމުގެ ރައްދު ވެއެވެ: "އީމާން ކަމަކީ 70 އެތައް ގޮތްޕެކެވެ. މީގެ ތެރެއިން އެންމެ މަތިވެރި ވެގެން ވަނީ "لا إله إلا الله" އެވެ. އަދި އެންމެ ކުޑަ ގޮތްޕަކީ މަގުމަތިން (ހިނގާ މީހަކަށް) ގެއްލުން ވާނޭ އެއްޗެއް އެއްފަރާތް ކުރުމެވެ. (ލަދުވެތި) ޙަޔާތް އަކީ އީމާންތެރިކަމުގެ ބަޔެކެވެ." (އަލްބުޚާރި، މުސްލިމް)
☑އިރުޖާ ފިކުރާއި މުރުޖިއާއިން ގެ ޙަޤީޤަތް
①
☪☪☪☪☪☪
1⃣ ތަޢާރަފް
އިރުޖާ: މިއީ އީމާން ކަމަކީ ލޮޅުމެއް ނެތި ހިތު ތެރޭ، އެހެންޏާ އޮންނާނެ ނޫނީ ނުއޮންނާނެ އެއްޗެއް ކަމަށް ޤަބޫލު ކުރާ ފިކުރެކެވެ.
ލޮޅުމެއް: އެބަހީ ގަދަވެ އާލާވެ ވަރުގަދަވެ ދަށްވެ ބަލިކަށިވެ މިފަދައިން ވުމެވެ.
އިރުޖާ ބެހިގެންދާ ތަފާތު އެކި މަޛްހަބުތަށް ވާއިރު، އެ މަޛްހަބު ތަކުގެ ތެރޭ ގައި މިބަޔާން ވެވުނު އިރުޖާ ގެ ތަޢުރީފު ކުޑަކޮށް ތަފާތު ވެފައި ހުރެއެވެ.
އެވެރިންގެ ބުނުމަކީ އީމަން ކަން އެހެންޏާ އޮންނާނީ އެވެ. ނޫނީ ނުއޮންނާނީ އެވެ. އަދި އޭތި ހަމަ އެކަނި ދެމި އޮންނާނެ ތަނަކީ ހިތެވެ. އަދި ހިތުގައި އޮތް (އީމާން ކަން) (އަހަރެމެންނަށް) ހެކި ވާގޮތަކީ ދުލުން ބުނުމުން އެކަންޏޭވެ. މި އީމާން ކަމަކީ އިތުރުވެ ނޫނީ ދަށްވާ އެއްޗެއް ނޫން ކަމެވެ. އަދި މީހެއްގެ ޢަމަލު ތަކަކީ މިކަމާއި ގުޅުން ހުރި ކަމެއް ނޫން ކަމެވެ.
އެވެރިންގެ މަޛްހަބުތަކުގެ ތެރެއިން ކަރާމިއްޔާ އޭ ކިޔޭ މަޛްހަބު ދެކޭ ގޮތުގައި ދުލުން ޝަހާދަތް ކިޔާލާ ކޮންމެ މީހަކީ އެޔާއި އެކު ޢަމަލެއް ނުކުރިޔަސް އެ ހިނދުން ފެށިގެން އަބޫ ބަކުރާއި ޢުމަރާއި އެއް ހަމަޔެއްގައި އީމާން ކަން ހުރި މީހެކެވެ.
އަދި އެވެރިންގެ ތެރެއިން ބައެއް މީހުން ބުނަނީ އީމާން ކަމަކީ ހަމަ އެކަނި (ހިތު އަޑިން) ކަށަވަރު ކޮއްލުމެވެ. ނޫނީ އެނގިލުމެވެ.
⚠️އިރުޖާ ފިކުރު (الإرجاء) ގެންގުޅޭ މީހުންނަށް ކިޔަނީ (مرجئة) މުރުޖިއާ އިއްނެވެ.
ސުފްޔާން އަލްޘަޥްރީ އަރިހުން އަބޫ ނުޢައިމް ރިވާ ކުރެއްވި އެވެ: "މުރުޖިއާއިން އަހަރެމެންނާއި ތިން ކަމެއްގައި ތަފާތުވިއެވެ:
(ހ) އަހަރެމެން ދެކެނީ އީމާން ކަމަކީ ދުލުގެ ބަސްތަކާއި ގުނަވަންތަކުގެ އަމަލު ކަމެވެ. އެހެނަސް އެވެރިން ބުނަނީ އީމާން ކަމަކީ ޢަމަލާއި ނުލައި ދުލުގެ ބުނުން އެކަނި ކަމަށެވެ.
(ށ) އަހަރެމެން ބުނަނީ އެކަމަކީ އިތުރުވެ އަދި ބަލިކަށިވާ އެއްޗެއް ކަމަވެ. އެވެރިން ބުނަނީ އެއެއް އިތުރެއްވެސް އަދި ބަލިކަށްޓެއްވެސް ނުވާ ކަމަށެވެ.
(ނ) އަހަރެމެން އަހަރެމެންނަކީ މުއުމިނުން ކަމުގައި ބުނަނީ އިޤުރާރާއި ލައިގެނެވެ. (އެބަހީ ﷲ ގެ އިރާދަފުޅުން މުއުމިނުންނޭއެވެ). އަދި އެވެރިން ބުނަނީ އެވެރިންނަކީ ﷲ ގެ ޙަޟްރަތުގައި (ގެރެންޓީ ކޮށް) މުއުމިނުން ކަމުގަ އެވެ.
📌ނޯޓް: ލިޔުމުގައި ހިމެނޭ ބައިތައް
1. ތަޢާރަފް
2. މުރްޖިޢާއިން ގެ މައިގަނޑު ބައެއް ބައިތައް
3. މިޒަމާނުގެ އިރުޖާ
4. އިރުޖާ އާއި ލާދީނިއްޔަތާއި ޕޮލިޓިކްސް
5. މުރުޖިޢާއިންނާއި ޚިލާފަށް އަހްލުއްސުއްނަތް ވަލް ޖަމާޢަތް، އީމާން އާއި ކުފުރާއި ބެހޭ ގޮތުން ދެކޭ ގޮތް
=
③
ޝެއިޚް އިބްނު ޢުޘައިމީން رحمه الله އާއި ސުވާލު ވެވުނެވެ: ޤާހިރާގައި ހުރި އަހަރެންގެ ތިމާގެ މީހެއް، މިޞްރީ ޕައުންޑުގެ 2500 އިން ލޯނަކަށް އެދުނެވެ. އަހަރެން 2000 (މަރަކީ)ޑޮލަރު ފޮނުވީމެވެ. މާރުކުރުން އެއީ ގާތް ގަނޑަކަށް 2490 ވަރު މިޞްރީ ޕައުންޑެވެ. އޭނާ މިހާރު ބޭނުން ވަނީ އެލޯނު އަނބުރައި ދެއްކުމަށެވެ. ކުރިޔަށްލައި އަހަރެމެން ދަރަނި އަނބުރައި ދައްކާނެ ވަޤުތެއް އަދި ފައިސާއެއް ކަނޑަނާޅާކަން ފާހަގަ ކޮށްލަމެވެ. އަހަރެންގެ ސުވާލަކީ: އަހަރެން އޭނާގެ އަތުން ހޯދާންވީ 2490 މިޞްރީ ޕައުންޑުހެއްޔެވެ؟ އެއީ މިވަޤުތު އެމެރިކާ ޑޮލަރުގެ 1800 އާއި އެއްހަމައެވެ. (އެއީ އަހަރެން އޭނާއަށް ދިންވަރަށްވުރެ މަދު އަދަދެކެވެ.) ނޫނީ އަހަރެން އޭނާގެ އަތުން ހޯދަންވީ 2000 ޑޮލަރުހެއްޔެވެ؟ އެއީ އޭނާ މިއަދަދު ހޯދުމަށްޓަކައި 2800 ވަރަކަށް މިޞްރީ ޕައުންޑު ހޭދަކުރާނޭކަން ދަނެހުރެއެވެ. (އެއީ އޭނާއަށް ދިން ދަރަނިއަށްވުރެ 300 ޕައުންޑު އިތުރު އަދަދެކެވެ.)
ޖަވާބުގައި ވިދާޅުވިއެވެ: ”އޭނާ މައްޗަށް ވަނީ ތިބާ ދަރަންޏަށް ދިން ޑޮލަރު ޑޮލަރުން އަނބުރައި ދެއްކުމެވެ. އެހެނީ ތިބާ އަތުން ނެގި ލޯނަކީ މިއީއެވެ. އެހެނަސް އޭނާ މިޞްރީ ޕައުންޑުން އަނބުރައި ދެއްކުމަށް ތިބާ ރުހޭނަމަ، އޭގައި މައްސަލައެއް ނެތެވެ. އިބްނު ޢުމަރު رضي الله عنهما ވިދާޅުވިއެވެ: އަހަރެން ބަޤީޢު ގައި (ނުވަތަ ވިދާޅުވިމީ) ނަޤީޢުގައި ދިރުހަމަށް ޖަމަލު ވިއްކައި ހެދީމެވެ. ދެން (އެދަރަނީގެ ފައިސާ) އަނބުރައި ދީނާރުން ހޯދަމެވެ. އަދި ހަމަ އެހެން، ދީނާރުން ވިއްކައި ދިރުހަމުން އެއަށް ހޯދަމެވެ. އެހެންކަމުން ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ: ( لَا بَأْسَ أَنْ تَأْخُذَهَا بِسِعْرِ يَوْمِهَا مَا لَمْ تَفْتَرِقَا وَبَيْنَكُمَا شَيْءٌ ) ”އެ (ފައިސާ ދައްކާ) ދުވަހުގެ ރޭޓުން ހޯދާނަމަ، އޭގައި ގޯހެއް ނެތެވެ. އަދި އެކަމުން އަވަދިވާއިރު (އެމުޢާމަލާތުން ބައެއް) ނުނިންމައި ނުއޮންނަހާ ހިނދަކުއެވެ.“
އަަދި މިއީ އެއްފައިސާ އަނެއް ފައިސާއަށް ވިއްކުމެވެ. އެ އެއްގޮތް ވެގެންވަނީ ރިއްސަށް ރަން ވިއްކުމާއި އެވެ.
އެހެންކަމުން ތިބާ އާއި އޭނާ، މިޑޮލަރުތަކުގެ ބަދަލުގައި މިޞްރީ ޕައުންޑުން ދެއްކުމަށް އިއްތިފާޤުވެވިއްޖެނަމަ، އެއީ އެދަރަނި ދައްކާ ވަޤުތު ފައިސާ މާރު ކުރުމުގެ ރޭޓަށްވުރެ އިތުރަށް އޭނާ އަތުން ނުހޯދުމުގެ ޝަރުޠާއި އެކު ނަމަ، ފަހެ މީގައި ގޯހެއް ނެތެވެ.
މިޘާލެއްގެ ގޮތުން، 2000 ޑޮލަރު މިހާރު އެއްހަމައީ 2800 ޕައުންޑަށް ނަމަ، އޭނާ އަތުން ތިންހާސް ޕައުންޑު އަތުލުން ތިބާއަށް ހުއްދަވެގެން ނުވެއެވެ. އެހެނަސް (ދަރަނި ޑޮލަރުން ދިނަސް) 2800 ޕައުންޑު އަތުލުން ހުއްދައެވެ. އަދި އެހެންނޫންނަމަ 2000 ޑޮލަރު އެކަނި ހޯދުންވެސް ހުއްދައެވެ. އެބަހީ ތިބާ އަދުގެ ރޭޓުން ނުވަތަ އެއަށްވުރެ މަދުން ހޯދުމެވެ. މާނައީ، ގިނައިން ނުހޯދާށެވެ. އެހެނީ ގިނައިން ހޯދައިފިނަމަ، ތިބާ އަތުގައި ނެތް އެއްޗަކުން ތިބާ ފައިދާ ހޯދީއެވެ. އަދި ތިބާގެ ބެލުމުގެ ދަށުގައި ނެތް އެއްޗަކުން ފައިދާހޯދުން ވަނީ ނަބިއްޔު ﷺ ނަހީ ކުރައްވާފައެވެ. ދެންފަހެ ތިބާ މަދުން ހޯދައިފިނަމަ، މިކަމުގައި ތިބާ ތިހޯދެނީ ތިބާގެ ޙައްޤުން މިންވަރެކެވެ. އަދި ބާކީ ދޫކޮށްލީއެވެ. އަދި (އިތުރަށް ހޯދުމާ ޚިލާފަށް) މިގޮތަށް ކަން ކުރުމުގައި (ޝަރުޢީގޮތުން) ގޯހެއް ނެތެވެ.“— "فتاوى إسلامية" (2/414) އިން، ނަޤުލުވީ ބަސްކޮޅު ނިމުނީ.
އިތުރު މަޢުލޫމާތަށް ސުވާލު ނަންބަރު ( 23388 ) އާއި (12541) ބަލާށެވެ.
والله أعلم .
މަޞްދަރަު: އިސްލާމް ސުވާލާއިޖަވާބު (ފަތަވުވާ 99642) عربي | Eng
~ ގަލަންދާނު