[5] މުޞައްނިފު އިތުރު ކުރެއްވި ޤަޥްލު
والدرجة الرّفيعة
وارزقني شفاعته، برحمتك يا ارحم الراحمين.
އަލްފައްރާއު ވިދާޅުވިއެވެ: އައްސައްޔިދު، އެއީ ދީލަތިވަންތަ ކަމުގައި އިންތިހާ ފަރާތެވެ. އަދި އަޅެއްގެ ސައްޔިދަކީ: އޭނާގެ މަވްލާ (ވެރިޔާ) އެވެ. އަދި އަންހެނެއްގެ ސައްޔިދަކީ: އޭނާގެ ފިރިމީހާއެވެ. އަދި މިހެން ކަމުން ﷲ تعالى ވަޙީ ﴿وَأَلۡفَيَا سَيِّدَهَا لَدَا ٱلۡبَابِۚ﴾ ގައި ވާ "އޭނަގެ ސައްޔިދޭ" މާނަކުރެވެެނީ ފިރިމީހާއަށެވެ. (އެއީ ޔޫސުފު ސޫރަތުގެ 25 ވަނަ އާޔަތެވެ: ”އަދި ހަމަ ދިމާވިގޮތުން ދޮރުކައިރިން އެކަމަނާގެ ސާހިބުމީހާ އެބަހީ: އެކަމަނާގެ ފިރިކަލުން އެދެމީހުންނަށް ދިމާވެއްޖެއެވެ.“)
(މަތީގައި ބަޔާން ވެވުނު ބަސްތަކުގެ މަޞްދަރު تاج العروس - الزبيدي - ج ٥ - الصفحة ٣٢)
⚠️ ޝަރުޢީ ގޮތުން ވާރިދުވެފައިވާ ޚާއްޞަ ޛިކުރު ތަކުގެ ތެރޭއަށް "سَيِّدِنَا" އިތުރު ކުރުމުގެ ޙުކުމް:
އަހަރެމެންގެ ޝާފިޢީ މަޛުހަބުގެ އިމާމުން ކުރެ، އަލްޙާފިޡު އިބްނު ޙަޖަރާއި ސުވާލު ދެންނެވުނެވެ:
ސުވާލު: ނަބިއްޔު ﷺ އަށް ޞަލަވާތް ކިޔޭ އިރު، މޮޅުއިތުރީ (سَيِّدِنَا) ލައިގެން ކިޔުން ތޯއެވެ؟ އެހެނީ އެއީ އެކަލޭގެފާނަށް އެކަށީގެންވާ ޙައްޤު ޞިފަކުރުމަކަށްވާތީއެވެ. ނުވަތަ މޮޅުއިތުރީ އެހެން ނުކިޔުން ތޯއެވެ؟ އެއީ އެއްވެސް ޙަދީޘަކުން އެގޮތަށް ރިވާވެފައި ނުވާތީއެވެ؟
ޖަވާބު: ރިވާވެފައިވާ ލަފުޡުތަކުގައި ހިފުމީ ރަނގަޅުހެޔޮ ގޮތެވެ. އަދި ”އެކަލޭގެފާނު ﷺ އެބަސް ދޫކޮށްލެއްވީ ”ތަވާޟިޢުވެރިވެޔޭ އަދި އެހެނަސް އެކަލޭގެފާނުގެ އުއްމަތަށް އެކަލޭގެފާނު ޛިކުރު ކުރެވޭ ކޮންމެ ހިނދަކު އެބަސް ލުން އެދެވިގެން ވެޔޭ“ ބުނެވިގެން ނުވާނެއެވެ. އެހެނީ އަހަރެމެންގެ ބުނުމަކީ: ތިިކަން ތެދުނަމަ އަސްޙާބު ބޭކަލުންގެ ފަރާތުންނާއި ތާބިޢިއްޔަ ބޭކަލުންގެ ފަރާތުން ތިކަން ވާރިދުވީހީއޭ އެވެ. އަދި އަޞްޙާބުންނާއި ތާބިޢީންގެ އެއްވެސް ބޭކަލެއްގެ ފަރާތުން އަހަރެމެންނަށް އެފަދައިން އާޘާރެއް ލިބިފައި ނުވެއެވެ. މިއީ މިކަމުގައި (ނަބިއްޔު ﷺ ގެ ނަންފުޅާއިއެކު) ގިނަގުނަ ތަކެތި ވާރިދުވެފައިވީހިނދުގައެވެ...“ — ދެން ބައެއް އަޞްޙާބު ބޭކަލުންނާއި ތާބިޢީންގެ ފަރާތުން، އަދި (އަހަރެމެންގެ) އިމާމް އައްޝާފިޢީގެ އަރިހުން ނަޤުލުވެފައިވާ އާޘާރުތައް (ބަސްފުޅުތައް) ގެންނަވައި އޭގައި މި ލަފުޡު (سَيِّدِنَا) ހިމެނިފައި ނުވާކަން ބަޔާންކުރެއްވިއެވެ. އެއަށް ފަހު ވިދާޅުވިއެވެ — ”ޢަދި މިކަންތަކީ (އެބަހީ އިތުރުއެކަލޭގެފާނުންނަށް ޞަލަވާތް ކިޔުމުގެ ކަންތަކީ) ފިޤުހު ފޮތްތަކުގައި މަޝްހޫރު ކޮށް ދެކެވިފައިވާ ވާހަކައެކެވެ. ނުކުތާއަކީ، މިކަންތަކުގައި ވާހަކަދެއްކެވި ފިޤުހުވެރި ދަންނަބޭކަލުން ތެރެއިން އެންމެ ބޭފުޅެއްވެސް (سَيِّدِنَا) އޭ ވިދާޅުވެފައި ނުވުމެވެ. އަދި މިއިތުރު ކުރުމަކީ އެދެވިގެންވާ ކަމެއް ކަމުގައި ވީހީނަމަ، އެއެންމެހާ ބޭކަލުންނަށް އެކަން ނޭނގި އަދި އެކަންތައް ދޫވޭސް ނުކުރެއްވީހެވެ. އަދި ދަންނައެ، އެންމެހާ ހެވެއް ވަނީ (ދީނުގައި ވާރިދުވެފައިވާ ތަކެއްޗަށް އެއޮތްގޮތަށް) ތަބަޢަވުމުގައެވެ. އަދި ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ.“
[މިފަތުވާ ނަޤުލުކުރެއްވީ ޝެއިޚް ބަކްރު އަބޫ ޒައިދު ”معجم المناهي اللفظية“ (ޞ. 305) ގައި އަދި މަޞްދަރުދެއްވީ އަލްޤާސިމީގެ
"الفضل المبين" (ޞ. 50) އަށް]
ލަޖްނަތުއް ދާއިމާ ގެ ޢިލްމުވެރިންނާއި ސުވާލުވެވުނެވެ: އިބްރާހީމީ ޞަލަވާތް ފަދަ ވާރިދުވެފައިވާ ތަކެތީގައި ނޫން ގޮތެއްގައި ރަސޫލު ﷲ ﷺ ގެ ނަންފުޅު ގަންނަހިނދު "سيدنا محمد" އޭ އަހަރެމެންނަށް ބުނެ އިތުރުކުރެވިދާނެތޯއެވެ؟
ޖަވާބު: އަހަރެމެންނަށް އެނގޭންއޮތް އެއްޗަކަށް ބަލާއިރު، އައްތަޙިއްޔާތުގައި ރަސޫލު ﷲ ﷺ އަށް ޞަލަވާތް ކިޔުމުގައި މިކަލިމަ "سيدنا" ވާރިދުވެފައި ނުވެއެވެ. އެބަހީ : (اللهم صل على سيدنا محمد ..މިހެން ގޮސް ކިޔުމެވެ.) އަދި ބަންގިޔާއި ޤަމަތުގެ ޞިފަތައްވެސް އޮތީ މިހެންނެވެ. (ސައްޔިދުނާއޭ ނުލެވިއެވެ.) އެހެންކަމުން އޭގައި سيدنا ކިޔުން ނުވެއެވެ. އެއީ ނަބިއްޔު ﷺ އާއި އެކަލޭގެފާނުގެ ޢަޞްޙާބުން ގެ އަރިހުން އެކަލޭގެފާނަށް ޞަލަވާތް ކިޔާނޭ ގޮތާއި ބަންގިޔާއި ޤަމަތްދޭނޭ ގޮތާއިމެދު ވާރިދުވެފައިވާ ތަކެތިގައި އެބަސް ހިމެނޭ އެއްވެސް ޞައްޙަ އެއްޗެއް ނެތުމުގެ ސަބަބުންނެވެ. އަދި އަނެއް ސަބަބަކީ، އަޅުކަންތަކަކީ ތަވްޤީފީ ތަކެއްޗަށް ވުމެވެ. (އެބަހީ: ޝަރުޢުކުރައްވާ ފަރާތް (އައްޝާރިޢު) ފުށުން ޘާބިތު ދަލީލަކުން މެނުވީ އަޅުކަމެއް ކަނޑަނޭޅޭނޭ ކަމެވެ. ޤުރުއާނާއި ސުންނަތުގެ ދަލީލެވެ.) ވީމާ އޭގައި ﷲ سبحانه وتعالى ޝަރުޢު ނުކުރައްވާއެއްޗެއް އިތުރު ކުރުމެއް ނުވެއެވެ. ދެންފަހެ އެނޫން ޙާލަތް ތަކުގައި (ނަމާދާއި ސީދާ ވަކިކަމަކާއި ކަނޑައެޅިގެން ކިޔުން ހުރި ދުޢާ އާއި ދިކުރުތަކުގައި މެނުވީ) އޭގައި (ސައްޔިދުނާ ލުމުގެ) ގޯހެއް ނެތެވެ. އެއީ އިތުރުއެކަލޭގެފާނުން ﷺ ގެ މިޙަދީޘްފުޅުގެ މައްޗަށެވެ: (أنا سيد ولد آدم يوم القيامة ولا فخر) . — اهــ.
"فتاوى اللجنة الدائمة" (7/65) .
*އިތުރަށް ބަލައިހޯދުމަށް (ފަތުވާ 85116)
✅މީގެ އިތުރުން: ބަންގީގެ ތެރޭ ކިޔޭ ޝަހާދަތުގެ ދެކަލިމަ ތަކުރާރުކޮށް ނިންމާފައި (އެބަހީ: أشهد أنَّ محمداً رسولُ الله އަށް ފަހު)
«رَضِيتُ بِاللَّهِ رَبَّاً، وَبِمُحَمَّدٍ رَسُولاً، وَبِالْإِسْلاَمِ دِينَاً» މިޛިކުރު ކިޔުން ވެއެވެ.
(މިޛިކުރުގެ މާނަ: ﷲ އީ ހުރިހާ އެއްޗެއްގެ ރައްބު ކަމަށާއި އަދި މުޙައްމަދުގެފާނީ ރަސޫލާކަމަށާއި އަދި އިސްލާމްދީނަކީ ދީންކަމަށް އަހުރެން ރުހިއްޖައީމެވެ.)
🤚މިއީ މުސްލިމް ގައި މިޛިކުރު ރިވާވެފައިވާ ލަފުޡެވެ.
އަދި އަބޫ ޢަވާނާ ގެ މުސްތަޚްރަޖް (1043) ގައި އިސްފަސް ވެފައިވެއެވެ:
«رضيت بالله ربا، وبالإسلام دينا، وبمحمد ﷺ نبيًّا» [އަދި نبيًّا ގެ ބަދަލުގައި رسولا — މިހެން އިބްނު ޢާމިރުގެ ރިވާޔަތުގައެވެ.]
⚠️ އަދި ޢިލްމުވެރިން މި ލަފްޡު ކިޔާނޭ ގޮތާއި އޭގެ ޖަގަހަޔާއިމެދު ބޮޑު ޚިލާފެއް ވެފައިވެއެވެ. އަދި ބަޔެއް ޢިލްމުވެރިން މިއީ ބަންގި ނިމުމަށްފަހުގައި ކަމަށް ކަނޑައެޅުއްވިއެވެ. އަހަރެމެން މަތީގައި ބަޔާން ކޮށްފައި އެވަނީ، ފަހުގެ މުޙައްދިޘުންގެ ތެރެއިން އައްސަޢްދު އާއި އަލްޢަލްވާން އާއި އަލްޢުޞައިމީ އާއި އަލްޢަދަވީ އާއި ޢަބްދުއްރައްޒާޤު އަލްބަދްރު ރާޖިޙު ކުރެއްވި ގޮތެވެ: އެއީ ބަންގީގެ ތެރޭގައި ދެޝަހާދަތް ނިމިގެން އެއަށް އިޖާބަ ދިނުމަށް ފަހުގަޔޭ އެވެ.
އަދި މިއީ އަލްޢުޘައިމީންވެސް ރާޖިޙު ކުރެއްވިގޮތެވެ.
އަލްއުޘައިމީން "مجموع فـتاوى" (12/194) ގައި ވިދާޅުވިއެވެ: ”ޙަދީޘުގެ ބޭރުފުށަށް ދޭހަވާ މާނައީ، ބަންގިގޮވާމީހާ أشهد أن لا إله إلا الله وأشهد أن محمداً رسول الله އޭ ކިޔުމުން، އަދި ތިބާ އޭނާއަށް (ތަކުރާރުކުރުމުގައި) އިޖާބަދީ، އެއަށް ފަހު رضيت بالله رباً، وبالإسلام ديناً، وبمحمد رسولاً ކިޔުމެވެ...“
އަދިވެސް ވިދާޅުވިއެވެ: ބަންގި ގޮވާމީހާއަށް ތަބަޢަވާ މީހާގެ ގެ ޤަޥްލު (رضيت بالله رباً، وبمحمد رسولاً، وبالإسلام ديناً) ، މި ޤަޥްލު ވަނީ ޝަހާދަތުގެ ދެކަލިމަޔަށް ފަހުގައެވެ. އެބަހީ: ބަންގި ގޮވާމީހާ (حي على الصلاة) ކިޔުމުގެ ކުރިންނެވެ. މިގޮތުން: (أشهد أن لا إله إلا الله) (أشهد أن لا إله إلا الله) (أشهد أن محمداً رسول الله) (أشهد أن محمداً رسول الله) އޭނާ ކިޔާހިނދު، އަދި އަޑުއަހާ މީހާ އޭނާއަށް ތަބަޢަވެ، އެއަށްފަހު ކިޔުން ވަނީ: (رضيت بالله رباً) އަދި މިއީ أشهد أن لا إله إلا الله ގެ މުޤާބިލުގައިވާ އެއްޗެކެވެ. އަދި (وبمحمد رسولاً) މިއީ أشهد أن محمداً رسول الله ގެ މުޤާބިލެވެ. (وبالإسلام ديناً) މުއީ އެ ދެޖުމްލައިގެ މުޤާބިލެވެ. އެހެނީ "އިސްލާމް ކަން" ބިނާ ވެގެންވަނީ أشهد أن لا إله إلا الله އިން ދަލީލުކުރާ އިޚްލާޞްތެރިކަމާއި(އެބަހީ ﷲ އެއްކައުވަންތަކޮށް ޚާލިޞްކުޅައުން) ، އަދި أشهد أن محمداً رسول الله.ދަލީކުކޮށްދޭ (ނަބިއްޔާ ﷺ ދެއްކެވި ގޮތަށް) ތަބަޢުވުމުގެ މައްޗަށެވެ.“
📝 ނޯޓް: މުޞައްނިފު ނުގެންނަވާ ޛިކުރުތަކެއް ބަންގިޔާއި އޭގެ ފަހަތުގައި ކިޔުމަށް ވާރިދުވެފައިވެއެވެ. އެތަކެތި ކުރިޔަށް ނަޤުލުކޮށްލާނަމެވެ:
✅އޭގެތެރޭގައި: ބަންގީގެ ލަފުޒުތައް ތަކުރާރު ކުރުމާއި އޭގެ ތަފްޞީލާއި އޭގެ ދަރުމަ ނަންގަނެވުނު ޙަދީޘް
އަދި އަބޫ ސަޢީދު އަލްޚުދްރީ އަރިހުން، ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިޔޭ: «إِذَا سَمِعْتُمُ النِّدَاءَ؛ فَقُولُوا مِثْلَ مَا يَقُولُ المُؤَذِّنُ» ”ތިޔަބައިމީހުންނަށް އައްނިދާއު (ބަންގި ގޮވާ އަޑު) އިވިއްޖެނަމަ، ފަހެ މުއައްޛިނު ކިޔާ ފަދައިން ތިޔަބައިމީހުން ވެސް ކިޔާށެވެ.“ މުއްތަފަގުން ޢަލައިހި.
އަދި މިއީ "ޙައިޢަލަތައިން" ގޮވޭ އިރުގައި ފިޔަވައެވެ. (އެބަހީ: حَيَّ عَلَى الصَّلَاةِ، حَيَّ عَلَى الْفَلَاحِ މި ބައި ކިޔާ އިރު ކިޔަން ވީ އިމާމު ކިޔާ ގޮތަކަށް ނޫނެވެ.) އެޔާއި ވިއްދައި ކިޔުން ވަނީ: لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ އެވެ. މިއީ މީގެ ތަފްސީލުގައި މުސްލިމް (385) ގައި ރިވާވެފައިވާ ފަދައިންނެވެ:
ޢުމަރު ބުނުލް ޚައްޠާބު އަރިހުން، ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިޔޭ: (މާނަ) ބަންގިގޮވާ މީހާ اللَّهُ أَكْبَرُ اللَّهُ أَكْبَرُ އޭ ކިޔުމުން، ތިޔަބައިމީހުން ތެރެއިން ކޮންމެ މީހެއް ކިޔާށޭ اللَّهُ أَكْبَرُ اللَّهُ أَكْبَرُ . ދެން އޭނާ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ ކިޔުމުން ކިޔާށޭ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ. ދެން އޭނާ أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ ކިޔުމުން ކިޔާށޭ أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ. ދެން އޭނާ حَىَّ عَلَى الصَّلاَةِ ކިޔުމުން ކިޔާށޭ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ . ދެން އޭނާ حَىَّ عَلَى الْفَلاَحِ ކިޔުމުން ކިޔާށޭ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ . ދެން އޭނާ اللَّهُ أَكْبَرُ اللَّهُ أَكْبَرُ ކިޔުމުން ކިޔާށޭ اللَّهُ أَكْبَرُ اللَّهُ أَكْبَرُ . ދެން އޭނާ لاَ إِلَهَ إِلاَّ اللَّهُ ކިޔުމުން އެމީހެއްގެ ހިތުގެ އަޑިން ކިޔާށޭ لاَ إِلَهَ إِلاَّ اللَّهُ . އެމީހެއް ޖަންނަތައް ވަދެއްޖެއެވެ."
[2] މުޞައްނިފުގެ ބަސް:
ބަންގި ދިނުމަށް ފަހުގަޔާއި ޤަމަތް ދިނުމަށް ފަހުގައި މިދުޢާ ކިޔުން
📄 އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާންމު ބުނު ނާޞިރަލް ޢަލްވާންގެ ތަޢާރުފު | ~ ގަލަންދާނު
Читать полностью…☝️އަބުރާއި ނަފުސާއި މުދަލަށް އަރައިގަންނަ ޢަދުއްވު ފުށުން ދިފާޢުވުން ވާޖިބެވެ. އެ ޢަދުއްވަކީ މުޝްރިކެއް ނޫނީ މުސްލިމެއް ކަމުގައި ވިޔަސް އެވެ. ފަހެ ސުނަން ފޮތްތަކުގައި ވާރިދުވެފައިވެއެވެ: އިތުރުއެކަލޭގެފާނުން ﷺ ޙަދީޘް ކުރެއްވިޔޭ: «من قُتل دون ماله فهو شهيد، ومن قتل دون أهله، أو دون دَمِه، أو دون دينِه، فهو شهيد»⁽¹⁾ (އެމީހެއްގެ މުދަލުގެ ދިފާޢުގައި ޤަތުލުވެއްޖެ މީހަކީ، ފަހެ ޝަހީދެކެވެ. އޭނާގެ އަހުލުންގެ ދިފާޢުގައި — ނުވަތަ ލޭގެ ދިފާޢުގައި، ނުވަތަ ދީނުގެ ދިފާޢުގައި— ޤަތުލުވެއްޖެ މީހަކީ، ފަހެ ޝަހީދެކެވެ.)“
— އައްޠަރީފީ
~ ގަލަންދާނު 🖋
ــــــــــــ
[1] ސަޢީދު ބުނު ޒައިދުގެ އަރިހުން، އައްނަަސާއި 4051 ގައި، އަދި އައްތިރުމިޛީ 1412 އަދި ވިދާޅުވި "ޙަސަން" އޭ، އަދި އަބޫ ދާވޫދު 4772 ގައި، އަދި އެނޫން ބޭކަލުން ލަފްޡުތަކުގެ ކުޑަ ފަރަޤަކާއި އެކު.
ނޯޓު: މިއާއި ގުޅުން ހުރި އިތުރު ޙަދީޘެއް [ކިޔާލުމަށް]
ނޯޓް: މިފަތުވާގެ ތަރުޖަމާގައި ކުރިން (ފޮޓޯ ބައްލަވާ)މިއޮތް ޖުމްލައިން ބައެއް ފަރާތް ތަކަށް ، ކުރިޔާލައި އެއްބަސް ވުން ކަމުގައި ފަހުމް ވާތީ އެޖުމްލަ މިހާރުވާނީ އިޞްލާޙު ކުރެވިފައެވެ. އެތާނގައި "އެއްބަސް" ވާ ވަހަކަ އެއޮތީ ދަރަނި ދައްކާ ވަގުތު އެކަމަށް އެއްބަސްވެ އެކަން ކުރުމެވެ. ދަރަނި ނަގާ ވަޤުތުގައި އެކަން ޝަރުޠުކުރުމެއް ނޫނެވެ!
Читать полностью…⬆️ އަނިޔާވެރި ވެރިޔެއް ކުރިމަތީ ޙައްޤުބަސް ބުނާ މީހެއްގެ މަތިވެރިކަން
ޠާރިޤް ބުނު ޝިހާބު އަރިހުން ރިވާވެގެން ވެއެވެ:
”ސަވާރީއަށް އެރުއްވުމަށް ފައިންޕުޅު އަޅުއްވާފައި ވަނިކޮށް، މީހަކު ނަބިއްޔު ﷺ އަރިހު ދެންނެވިއެވެ: ”އެންމެ މޮޅުއިތުރު ޖިހާދަކީ ކޮބައިތޯއެވެ؟“ ޙަދީޘް ކުރެއްވިއެވެ: «كَلِمَةُ حَقٍّ عِنْدَ سُلْطَانٍ جَائِرٍ» ”އަނިޔާވެރި ވެރިޔެއްގެ ކުރިމަތީ، ބުނެވޭ ޙައްޤު ބަހެކެވެ.“
❤️ ޢަދުލުވެރި ފިރިއަކަށް ލިބުނު ހެޔޮ އަންބެއް.
ތާބިޢީންގެ ތެރޭން އަރައިހުންނެވި އަލްޤާޟީ ޝުރައިޙު އަކީ ޢަދުލުވެރިކަމަށް މަޝްޙޫރު ކޫފާގެ، އަދި އެއަށްފަހު ދިމަޝްޤުގެ ޤާޟީއެވެ.
އެކަލޭގެފާނު ކައިވެންޏެއް ބައްލަވައިގެން އަހަރެއްވީތާ، މައިދައިތާ އެގެއަށް ޒިޔާރަތް ކުރެއްވިއެވެ. އަދި ޝުރައުޙަށް ވިދާޅުވިއެވެ: “ތިބާގެ އަންހެންނުން ކިހިނެއް ހެއްޔެވެ؟“
ޝުރައިޙު ވިދާޅުވިއެވެ: “އަންހެންނުންތެރެއިން ހޮވާލަވޭ މީހެއްފަދައެވެ. ވަފާތެރި ބައިވެރިއެކެވެ. ތިބާ ވަނީ އޭނާ ރަނގަޅަށް ބަލަހައްޓައި، ހެޔޮކޮށް ތަރުބިއްޔަތުދީ، އަދަބުވެރިކޮށްފައެވެ. ވީމާ އެއީ ހަރުދަނާ އަޚުލާޤެއްގެ ވެރިއެކެވެ.“
މައިދައިތަ ވިދާޅުވިއެވެ: އަންހެނެއްގެ އަޚުލާޤުގެ ނުބައިކަން، ދެ ވަޤުތެއްގައި މެނުވީ ފާޅުނުވެއެވެ:
▫️(އެކައްޗަކީ) ފިރިމީހާ ގާތުން ޖާގަޔެއް ލިބިއްޖެނަމައެވެ. (އެބަހީ ކުށެއް ކުރިޔަސް ލޯބިވާވަރުން އަޅާނުލާނޭ ކަން އެނގުމެވެ.)
▫️ (އަނެއްކަމަކީ) ދަރިއެއް ލިބުމުންނެވެ.
ވީމާ (ތިބާއަށް ރުޅިނާދެވުނަސް) ތިބާއަށް އޭނާފުށުން އެކަން ހީވެއްޖެނަމަ، (އަދަބުގެ) އެތިފަހަރެއް ޖަހާށެވެ. (އެއީ ހައްޓަށް ގެއްލުންްނުވެ ހިތަށް އަސަރުފޯރާ ޖެހުމެކެވެ.)
އެހެނީ ފިރިހެނުން އެވެރިންގެ ގޭގައި، ލޯބިންގޮސް ހަލާކު ކުރާ އަންހެނަކަށް ވުރެ ބޮޑު ނުބަޔެއް ނުލައެވެ.“
⬆️ ޝުރައިޙު ވިދާޅުވިއެވެ: (ޅެން)
رأيت رجالا يضربون نساءهم…
فشُلّت يميني يوم تضرب زينب
ދެކުނީމެ ފިރިން، އަތްއުފުލި އެވެރިންގެ އަނބިތަކަށް
އަތްވާށި މަގޭ ވައު އެއުފުލި ދުވަހަކުން ޒައިނަބަށް
أأضربها من غير ذنب أتت به…
އަދަބުންވީހެދޭން، މީހަކަށް ހިލާ ކުށެއް ނުކުރަނި
فما العدل منّي ضرب من ليس يُذنِب
އަދުލެއްހޭކޮބާ، ޖެހުންމަ ކުށެއް އެމީހާ ނުވެވެނި
فزينب شمس والنساء كواكب…
ފަހެ ޒައިނަބީ އިރޭ، އަންހެނުން ތަރިތަކަށް ވާހިނދު
إذا طلَعَت لم يَبدُ مِنهن كوكب
އެންމެ ތަރިއެއް ގެއްލިދޭ، އިރުއަރާ އުދަރެހަށް ވާހިނދު
وكلُّ محبٍّ يمنحُ الودَّ إلفَهُ
ويعذرُه يوماً إ ذا هو أذنبا
އާޝިގެއްނަމަ ދީހަދާ، ހާހުންއެވާ ލޯބިތައް
ލޯމަރާލާ އުޒުރުދޭ، ކުރެވިއްޖެ ނާދިރު އުރެދުމަށް
☝️ މަރުމަތީ ޝަހާދަތް ލައިދިނުން
ޙަދީޘް: «لَقِّنُوا مَوْتَاكُمْ لاَ إلهَ إِلاَّ اللهُ» ”ތިޔަބައިމީހުންގެ ތެރެއިން މަރަށް ޙާޟިރުވާ މީހުންނަށް لا اله الا الله ލައިދޭށެވެ.“
✅ މިއީ އަޞްޙާބު ބޭކަލުންގެ ތެރެއިން ޖަމާޢަތެއް އަރިހުން ވާރިދުވެފައިވާ ޙަދީޘެކެވެ. އެއީ ޞައްޙަ ޙަދީޘެކެވެ. ރިވާކުރެއްވީ މުސްލިމް ⁽¹⁾ އެވެ.
⚠️އަދި މިލަފުޒަށް ވުރެ އިތުރަށް އައިސްފައި ހުރި އެންމެހާ ރިވާޔަތެއް ވެސް ޞައްޙަވެގެން ނުވެއެވެ. މިޘާލަކަށް «لقنوا …. ولا تملوهم» (ލައިދޭށޭ.. އެވެރިންގެ އުއްމީދުކަނޑުވައިނުލާށެވެ.) އަދި «لقنوا … وقولوا الثبات الثبات ولا قوة إلا بالله» (ލައިދޭށޭ... އަދި އެއުރެންނަށް ބުނާށޭ: ޘާބިތުވާށޭ ޘާބިތުވާށޭ އަދި އެއްްވެސް ބާރެއް ﷲ ޙަޟުރަތުން މެނުވީ ނުވެޔޭ) އަދި «لقنوا ….فإنها خفيفة على اللسان ثقيلة في الميزان» (ލައިދޭށޭ.. އެހެނީ އެއީ ދުލަށް ލުއި ތިލަފަތަށް ބަރު އެއްޗެކޭ) އަދި «لقنوا …الحليم الكريم …» (ލައިދޭށޭ... لا إله إلا اللهُ الحليمُ الكريمُ)
—ފަހްދު ބުނު ޢަބްދު ﷲ އައްސުނައިދު (ބަސްކޮޅު)
~ ގަލަންދާނު
ـــــــــــــــــــــــــــ
[1] މުސްލިމް އެކަލޭގެފާނުގެ ޞަޙީޙު 3/37 (916) (1)ގައި
⬆️ ވާރިދުވެފައިވާ ދުޢާތައް އުނިއިތުރުކުރުމެއްނެތި ކިޔުމުގެ އަމުރު
އަދި ދެޞަޙީޙުގައި ބަރާއު ބުނު ޢާޒިބް އަރިހުން، އެކަލޭގެފާނަށް ނަބިއްޔު ﷺ ރޭގަނޑު ނިދުމުގެ ކުރީން ކިޔާނޭ ދުޢާއެއް ދަސްކޮށްދެއްވިވާހަކަ ނަންގަންނަވަމުން ވިދާޅުވީ، އަދި އެ ދުޢާގައި ވާ އެއްތަންކޮޅީ ”...وَبِنَبِيِّكَ الَّذِي أَرْسَلْتَ“. އަލްބަރާއު ވިދާޅުވިއެވެ: ”އެއަށްފަހު އަހަރެން އަމިއްލައަށް އެދުޢާ ނަބިއްޔު ﷺ އަށް ތަކުރާރުކޮށްދިނީމެވެ. އަދި މިތަންކޮޅަށް އައިހިނދު: [....] އަހަރެން ކީ: ”وَرَسُولِكَ..“ އެހިނދު އިތުރުއެކަލޭގެފާނުން ޙަދީޘް ކުރެއްވިއެވެ: « لاَ» ނޫނެކެވެ! (އެހެނަސް) «وَنَبِيِّكَ الَّذِي أَرْسَلْتَ» އެވެ. މިއީ އަލްބުޚާރީ 247 ގައި އަދި މުސްލިމް 2710 ގައި ރިވާކުރެއްވި ޙަދީޘެކެވެ.
އަދި ޢިލްމިވެރިންގެ ތެރެއިން ބައިގަނޑެއް މިތާނގައި ނަބިއްޔު ﷺ އިންކާރު ކުރެއްވި ސަބަބާއިމެދު ވިދާޅުވީ، ވާރިދުވެފައިވާ ލަފުޡުތަކުގެ ތެރެއަށް އުނިއިތުރުކުރުން ނުގެނެވެނޭނޭކަން އެންގެވުމަށްޓަކައި ކަމެވެ.
އޭގެ ޝަރަޙައިގައި އަހަރެމެންގެ ޝާފިޢީންގެ އިމާމު، އައްނަވަވީ ވިދާޅުވިއެވެ: ”އަދި އަލްމާޒަރީ އާއި އެނޫން ބޭކަލުން މި އިންކާރުކުރެއްވުމުގެ ސަބަބެއް ކަމުގައި ވިދާޅުވީ: މިއީ ޛިކުރެއް އަދި ދުޢާއެއް ކަމުގައިވުމުންނޭ އެވެ. ވީމާ އޭގައި ވާރިދުވެފައިވާ ލަފުޡުގެ މައްޗަށް ބަސްތައް ހިފަހައްޓަން ޖެހޭނޭކަމެވެ. އަދި އޭގައި ނަންގަނެވޭ ޘަވާބު ލެވިގެންވަނީ އެބަސްތަކުން ކިޔުމުން އެކަނި ކަމުގައިވުމީ ވެސް އެކަށީގެން ވާކަމެކޭއެވެ. އަދި ފަހަރެއްގައި މިއީ އިތުރުއެކަލޭގެފާނަށް ވަޙީއިން އައި ކަލިމަތަކެއްކަމުގައި ވުމެވެ. ވީމާ އޭގެ ބަސްތައް އެހުރިގޮތަށް އަދާއުކުރުން ވެޔޭއެވެ. [އައްނަވަވީ ވިދާޅުވިއެވެ] އަދި މިބުނުމަކީ ހެޔޮ ބުނުމެކެވެ.“ (شرح النووي على مسلم 17/197)
އަދި ވެސް މިޙަދީޘުގެ ޝަރަޙައިގައި، އަލްޙާފިޡު އިބްނު ޙަޖަރު ވިދާޅުވިއެވެ:
”އަޛްކާރު ތަކުގެ ލަފުޡުތަކީ ތަޥްޤީފީ ތަކެއްޗެވެ. (ވަޙީއާއި ސުންނަތުން އައިސްފައި އޮތް ގޮތަށް އުނިއިތުރެއްނެތި ބޭނުން ކުރަންޖެހޭ ތަކެއްޗެވެ.) އަދި އެއަށް އިތުރު ޤިޔާސެއް ނުކުރެވޭނޭ އޭގެ އަމިއްލަ ޚާއްޞަކަމަކާއި ސިއްރުތަކެއް އެތަކެއްޗަށް ލެވިފައިވެއެވެ. ވީމާ ވާރިދުވެފައިވާ ލަފުޡުތަކުގެ މައްޗަށް އެރައްކައުތެރިކޮށް ބެލެހެއްޓުން ވާޖިބެވެ. އަދި މިއީ އަލްމާޒަރީ އިޚްތިޔާރު ކުރެއްވި ރައުޔެވެ. ވިދާޅުވިއެވެ: އޭގައި ވާރިދުވެފައިވާ ލަފުޡުގެ މައްޗަށް ބަސްތައް ހިފަހައްޓަން ޖެހޭނެއެވެ. އަދި އޭގައި ނަންގަނެވޭ ޘަވާބު ލެވިގެންވަނީ އެބަސްތަކުން ކިޔުމުން އެކަނި ކަމުގައިވުމީ ވެސް، އެކަށީގެން ވާކަމެކެވެ.“ اهـ. "فتح الباري" (11/112)
⚠️މިހެންކަމުން މުސައްނިފު އިތުރު ކުރައްވާފައިވާ މި ލަފުޡު (سَيِّدِنَا) : މިދުޢާގައި އިތުރު ކޮށްގެން ކިޔުން ހުއްދަ ނޫނެވެ.
[4] މުޞައްނިފު އިތުރުކޮށްފައިވާ ލަފުޡު:
سَيِّدِنَا
⬆️ މިނުކުތާގެ ޚުލާޞާ އަކީ:
⬆️. މުއައްޛިނު ދޭ ބަންގީގެ ކޮންމެ ޖުމްލަޔެއް ތަކުރާރު ކުރުން. އެއީ "ހައްޔަޢަލާ" ގެ ދެ ޖުމްލަ ފިޔަވައެވެ. އޭގައި ކިޔުން އޮތީ ހަޥްޤަލާއެވެ. (އެބަހީ: لَا حَوْلَ وَلَا قُوَّةَ إِلَّا بِالله)
⬆️މީގެ ދަރުމަ: އޭގެ ނިމުމުގައިވާ لا اله الا الله އާއި ހަމަޔަށް ހިތުގެ އަޑިން ތެދުވެރިކަމާއި އެކު ކިޔައިފިނަމަ، ޖަންނަތަށް ވެއްދެވުން.
⬆️. ބަންގީގެ މެދުތެރެއިން އަންނަ ދެޝަހާދަތް ތަކުރާރުކޮށް އޭގެ ނިމޭތާގައި (ދެވަނަ أشهد أن محمدا رسول الله އަށް ފަހު) رَضِيتُ بِاللَّهِ رَبَّاً، وَبِمُحَمَّدٍ رَسُولاً، وَبِالْإِسْلاَمِ دِينَاً މިޛިކުރު (ނޫނީ އެނޫން ވާރިދުވެފައިވާ ޞީޣާއަކުން) ކިޔުމެވެ.
⬆️މީގެ ދަރުމަ: އެމީހެއްގެ ފާފާާތައް ފުއްސެވުން.
⬆️. ބަންގިން އަވަދި ވުމަށް ފަހު އިތުރު މާތް ޞާޙިބާއަށް ޞަލަވާތް ކިޔުން ﷺ.
⬆️ޢާންމު ދަރުމަ: އެއްފަހަރު ޞަލަވާތް ކިޔައިފި މީހަކަށް ﷲ ދިހަފަހަރު ޞަލަވާތް ލައްވަތެވެ. އޭގެ މުރާދަކީ އެއިލާހު އޭނާއަށް ޘަނާ ކިޔުއްވައި ރަޙްމަތް ދިހަފަހަރު ލެއްވެވުމެވެ.
⬆️. އެއަށްފަހުގައި ރަސޫލު ﷲ ﷺ އަށް ވަސީލަތް ދެއްވުމަށް އެދި ދުޢާ ކުރުން. އަދި މިކަމުގައި މޮޅުއިތުރީ އަލްބުޚާރީގައި، ސުންނަތުން ވާރިދުވެފައިވާ ދުޢާ އެވެ:
اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ
وَالصَّلاَةِ الْقَائِمَةِ
آتِ مُحَمَّدًا الْوَسِيلَةَ وَالْفَضِيلَةَ
وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ
⬆️ދަރުމަ: އިތުރުއެކަލޭގެފާނުން ﷺ ގެ ޝަފާޢަތް އެމީހެއްގެ މައްޗަށް ޙައްޤުވުން.
✅މަތީގައިވާ ފަދައިން ތަކުރާރުކޮށް ނިމުމުން އިތުރުއެކަލޭގެފާނުންނަށް ޞަލަވާތް ކިޔުމަށް އޮތް ޙަދީޘް.
އަދި ބަންގީގައި މިކަން، ނަބިއްޔު ﷺ އަށް ޞަލަވާތް ކިޔުން، އޮތީ ބަންގި ނިމުމުންނެވެ.
ޢަބްދު ﷲ ބުނު ޢަމްރު ބުނުލް ޢާޞް އަރިހުން، ނަބިއްޔު ﷺ ޙަދީޘް ކުރެއްވީތީ އެކަލޭގެފާނު އަޑުއެއްސެވީމޭ: «إِذَا سَمِعْتُمُ الْمُؤَذِّنَ فَقُولُوا مِثْلَ مَا يَقُولُ ثُمَّ صَلُّوا عَلَىَّ فَإِنَّهُ مَنْ صَلَّى عَلَىَّ صَلاَةً صَلَّى اللَّهُ عَلَيْهِ بِهَا عَشْرًا ثُمَّ سَلُوا اللَّهَ لِيَ الْوَسِيلَةَ...» ”ބަންގިގޮވާ މީހާގެ އަޑު ތިޔަބައިމީހުންނަށް އިވިއްޖެނަމަ، އޭނާ ކިޔާ ފަދައިން ކިޔާށެވެ. ދެން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔާށެވެ. ފަހެ ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ މައްޗަށް އެއްފަހަރު ޞަލަވާތެއް ކިޔައިފި މީހަކަށް ﷲ ދިހަފަހަރު ޞަލަވާތް ލައްވަތެވެ. (އެއީ އެއިލާހުގެ އޭނާ ޛިކުރު ކުރައްވައި ރަޙުމް ލެއްވެވިމެވެ.) ދެން ތިމަންކަލޭގެފާނަށް ވަޞީލަތަށް ﷲ ޙަޟުރަތުން އެދި ދަންނަވާށެވެ. (މިއީ އިހުބަޔާންވި އަލްބުޚާރީގެ ބަންގި ދުޢާގައިވާ ދެންނެވުމެވެ.)...“ (މުސްލިމް 384)
އައްނަވަވީ އިމާމު، "الأذكار" އޭ ކިޔުނު ފޮތުގައި ވިދާޅުވިއެވެ: ”ފަހެ މުޅި ބަންގިޔަށް މުތާބިޢާ ކޮށް (ތަކުރާރުކޮށް) އަވަދި ވުމުން ނަބިއްޔު ﷺ އަށް ޞަލަވާތާއި ސަލާމް ކިޔާހުށިކަމެވެ. އަދި އެއަށް ފަހުގަޔޭ ކިޔުން ވަނީ (اللهم رب هذه الدعوة التامة، والصلاة القائمة، آت محمدا الوسيلة والفضيلة، وابعثه مقاما محمودا الذي وعدته) “ — اهـ.
💭 އަދި ޞަލަވާތް ތަކުގެ ތެރެއިން އެންމެ މޮޅުއިތުރު އެންމެ ފުރިހަމާ ޞަލަވާތަކީ އިބްރާހީމިއްޔަ ޞަލަވާތެވެ. އަދި އެނޫން އެއްޗަކުން އެކަލޭގެފާނަށް ޞަލަވާތް ކިޔައިފިނަމަ، އެކަންވެސް ޖާއިޒެވެ. އަދި އޭގައި ތިބާއަށް ކިޔޭނޭ އެންމެ ކުޑަމިންވަރާއި މެދު، އައްނަވަވީ "روضة الطالبين" ގައި ވިދާޅުވިއެވެ:
”ނަބިއްޔު ﷺ އަށް ޞަލަވާތުގައި ކިޔޭނޭ އެންމެ ކުރު މިންވަރަކީ (اللّهُـمَّ صَلِّ عَلـى مُحمَّـد) އެވެ. އަދި އޭގެ އެންމެ ފުރިހަމަ މިންވަރަކީ: (اللهم صل على محمد، وعلى آل محمد، كما صليت على إبراهيم، وعلى آل إبراهيم، وبارك على محمد، وعلى آل محمد، كما باركت على إبراهيم، وعلى آل إبراهيم، إنك حميد مجيد) އެވެ“. اهـ.
އަލްއުޘައިމީނާއި ސުވާލުވެވުނެވެ:
”މިތާގައި ޞަލަވާތޭ އެނަންގެނެވިފައިވަނީ އިބްރާހީމީ ޞަލަވާތަށް ތޯއެވެ؟
ޢުޘައިމީން: އަހަރެންނަށް އެގޮތަކަށް ނުފެނެއެވެ. އެހެނީ އިބްރާހީމީ ޞަލަވާތް ނަންގަނެވުނީ އެބޭފުޅުން ތިމަންނާމެން ނަމާދުގައި ކަލޭގެފާނަށް ޞަލަވާތް ކިޔާނީ ކިހިނެއްތޯ ސުވާލުވެވުމުންނެވެ. އަޞްޙާބުން ސުވާލުދެންނެވީ މިފަދައިންނެވެ.
ސުވާލުކުރާ ފަރާތް: އެހެންކަމުން (އިބްރާހީމީ ޞަލަވާތް) ޚާއްޞައީ ނަމާދަށް އެކަނި ތޯއެވެ؟
ޢުޘައިމީން: އެ އައިސްފައިވީ ނަމާދަށް ޚާއްޞާކޮށެވެ. އެހެނަސް އޭގެ ސަބަބުން އެނޫން ތަނެއްގައި އެ ކިޔުން މަނައު ނުވެއެވެ. "ރަސޫލާއަށް ޞަލަވާތް ކިޔާށޭ" ނުވަތަ "ތިމަން ކަލޭގެފާނަށް ޞަލަވާތް ކިޔާށޭ" އައިސްފައިވާނަމަ، (اللهم صل على محمد) ފަދަ ދުޢާ އަކުން ފުދެއެވެ.“ اهـ.
ވީމާ މި މަޙައްލުގައި ޞަލަވާތް ކިޔާނޭ ސީޣާ ގައި އިޚްތިޔާރުވެއެވެ.
[3] މުޞައްނިފު ގެ ޤަޥްލު
މިދުޢާ ކިޔުން ސުންނަތެވެ.
މުޞައްނިފުގެ ބަސް:
ބަންގި ދުޢާ
🔴ފާޅުގައި ކުރެވޭ މުންކަރާތަށް އިންކާރުކުރުމުގެ ޤާބިލުކަން ހުންނަ ޙާލުގައި ޢިލްމުވެރިޔެއް ހުންނަ ހަނުހުރުމީ، ދުލުން އެއަށް ތާއީދުކުރުމާއި އެއްފަދައެވެ. ފަހެ އަޑުއަހައި ހަނުތިބީތީ، ﷲ ވަނީ ޔަހޫދީ ރާޙިބުން ކުށްވެރި ކުރައްވާފައެވެ:
▶️سَمَّٰعُونَ لِلۡكَذِبِ أَكَّٰلُونَ لِلسُّحۡتِۚ◀️”(އެއީ) ގިނަގިނައިން ދޮގުބަސްތައް އަހާމީހުންނެވެ. حرام މުދާ ގިނައިން ކާމީހުންނެވެ.“ [المائدة 42]
— އައްޠަރީފީ
~ ގަލަންދާނު 🖋
📌 ”އިޞްލާޙާއި ހިތްތައް އެއްބައިވަންތަ ކުރުމުގެ ޤާބިލުކަން ނެތިއްޖެ މީހާ، އޭނާގެ ދުލާއި ގަލަން: ދެބައޮޑުވުމާއި، މުސްލިމުން ތެރޭ ޢަދާވާތްތެރިކަން ފެތުރުމާއި، ނަފްސުތަކުގައި ރުޅިވެރިކަން އާލާކުރުވުމުން ރައްކައުތެރިކުރާށެވެ. އެހެނީ މިއީ ފަސާދަވެރިންގެ ޢަމަލެވެ. އިޞްލާޙަށް މަސައްކަތް ކުރާ ބަޔެއްގެއެއް ނޫނެވެ. “
— އަލްޢަލްވާން
~ ގަލަންދާނު
✨ އެއުރެންގެ އާޚިރަތް ފުއްދަވައި ދެއްވާށިއެވެ...
ޔަޙްޔާ ބުނު ޚާލިދު، ކޮންމެ މަހެއްގައި ސުފްޔާން ބުނު ޢުޔައިނާ އަށް 1000 ދިރުހަމް ދެއްވައެވެ. އަދި ސުފްޔާން ސަޖިދައިގެ ވަޤުތު ދުޢާ ކުރައްވައި ހައްދަވައެވެ: (اللهم إنه قد كفاني أمرَ دنياي، فاكفه أمرَ آخرته) ”ޔާ ﷲ، އޭނާ އަހަރެންގެ ދުނިޔޭގެ ކަންކަން ފުއްދައި ދީފިއެވެ. ފަހެ އިބަ އިލާހު އޭނާގެ އުޚްރަވީ ކަންތައް ފުއްދަވައިދެއްވާށިއެވެ.“
ޔަޙްޔާ އަވަހާރަވި ހިނދު އެކަލޭގެފާނުގެ ބަޔެއް އެކުވެރިންނަށް ހުވަފެނުގައި ފެނިވަޑައިގެންނެވިއެވެ. އަދި ދެންނެވުނެވެ: ”ﷲ ތިބާއާއި މެދު ކަންތައް ކުރެއްވެވީ ކިހިނަކުންހެއްޔެވެ؟“ ވިދާޅުވިއެވެ: ”ސުފްޔާންގެ ދުޢާއިން އަހުރެނަށް އެއިލާހު މަޣްފިރަތް ލައްވަވައިފިއެވެ.“
وقد كان يحيى بن خالد يجري على سفيان بن عيينة كل شهر ألف درهم ، وكان سفيان يدعو له في سجوده يقول : اللهم إنه قد كفاني أمر دنياي فاكفه أمر آخرته . فلما مات يحيى رآه بعض أصحابه في المنام فقال له : ما فعل الله بك؟ قال : غفر لي بدعاء سفيان .
❞ އިޚްތިލާފީ އަދި އިޖްތިހާދީ މައްސަލަތަކުގައި ތިބާއާއި ދެބަސްވާ ފަރާތްތަކަށް ޢުޛުރު ދޭން މަސައްކަތް ކުރުމީ؛ ޚުލްޤުހެޔޮކަމާއި، ހިތްހެޔޮކަމާއި، ތަނަވަސް ބުއްދީގެ ދަލީލެކެވެ. ❝
— އަލްޢަލްވާން
~ ގަލަންދާނު 🖋
❤️🩹 ”ޤަބޫލުވަނިވި އެއްވެސް އަސާސެއް، ނަޞޭޙަތެއް ދޭން ފަށާ މީހަކަށް ހުރަސް އެޅުމަކަށް ނުވެއެވެ. އެއީ އެނަޞޭޙަތް ދިން ބަހުރުވަޔާއި ދަނޑިވަޅު ނުރަގަނޅަސް އެވެ. އަދި ކަމެއް ފަހުމް ކުރެވޭ ގޮތުގައި ހުންނަ ޚިލާފުތަކާއި ދެބަސްވަނިވި ރައުޔުތަކީ، ގުޅުން ކަނޑާލުމަށް އޮތް ސަބަބެއް ކަމުގައި ވެސް ވެގެން ނުވާނެއެވެ.“
— އައްޝައިޚް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން (މަޞްދަރު)
~ ގަލަންދާނު 🖋
⬆️ ދުޢާ ކުރުމުގައި: ބަސްތަކެއް ކިޔާލުމާއި ހިތުގެ އަޑިން ﷲ އަށް އާދޭސް ދެންނެވުމުގެ ފަރަޤު
ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ قدس الله روحه އަރިހު،
❞ ޢަރަބި ބަހުގެ ފިލިޖެހުމުގައި ކުށް ޖެހުމާއި އެކު ދުޢާ ކުރި މީހެއްގެ ދުޢާ އާއިމެދު މީހެއް ގާތު ސުވާލުވެވުވުމުން، ”ބަހުރުވައިގެ ކުށް ހުރި ދުޢާއެއް ﷲ ޤަބޫލެއް ނުކުރައްވާނޭ“ ބުނި މީހަކާއި މެދު ސުވާލުވެވުނެވެ.
ވިދާޅުވިއެވެ:
މިބަސް ބުނި މީހާ ވަނީ ފާފަވެރިވެފައެވެ. ޤުރުއާނާއި ސުންނަތާއި ޚިލާފުވެފައެވެ. އަދި އެއެއްގެ މަތީ ސަލަފުން ތިއްބެވި ގޮތާއިވެސް ޚިލާފުވެފައެވެ.
ދެންފަހެ، ދެންފަހެ ﷲ ބޯލަނބައި އިޚްލާޞްތެރިވެ ހުއްދަ ދުޢާއަކުން އެއިލާހަށް ދުޢާކޮށްފިމިހާއާއިމެދު ދަންނައެ، ﷲ އޭނާގެ ދުޢާ އަޑުއައްސަވައި އެއަށް ޢިޖާބަދެއްވާނެތެވެ. އެއީ ސާދާ ޢަރަބިން ވިޔަސް ނޫނީ ކުށްތަކާއި އެކުވިޔަސް އެވެ.
މިމީހާ ދައްކާފައިވާވާހަކައަކަށް އަސާސެއް ނުވެއެވެ. އަދިކިއެއްހެއްޔެވެ؟ ދުޢާ ކުރާ މީހާ، ޢަރަބި ބަހުގެ ހަމަޔަށް އާދަވެފައި ނުވާނަމަ، އޭނާގެ މައްޗަށް އެދެވިގެންވަނީ، ދުޢާކުރުމުގައި އެތަކުލީފު ނުއުފުލުމެވެ. (އެބަހީ ކޮށަ ކޮށައިގެން ފިލި ހަމަކޮށްކިޔާން ނުއުޅުމެވެ.) ސަލަފުން ތެރެއިން ބޭކަލަކު ވިދާޅުވިއެވެ: ”ފިއްޔަށް ވިސްނައިގެން އުޅޭނަމަ ޚުޝުއްވަތްތެރިކަން ނުއޮންނާނެއެވެ.“
އަދި މިއީ ދުޢާ ކުރުމުގައި ކާފިޔާ ހަމަކޮށްގެން ކިޔާން މަސައްކަތް ކުރުން މަކުރޫހަވެގެންވާ ފަދައިންނެވެ. ފަހެ މަސައްކަތަކާއި ނުލައި ވަޒަން ހަމަކޮށް ދޫމައްޗަށް އަންނަމަ: އޭގައި މައްސަލައެއް ނުވެއެވެ. އެހެނީ ހަމަކަށަވަރުން ދުޢާ ގެ އަޞްލަކީ ހިތުއަޑިން ވާ އެއްޗެއް ކަމެވެ. އަދި ދުލަށްވަނީ އެހިތުގެ އަޑަށް ތަބަޢުވެލުމެވެ.
އެމީހެއްގެ ދުޢާގައި ބަހުރުވަ ޗާލުކުރުމަށް ގަދައަޅާ މީހާ، އޭނާގެ ހިތުގެ އިހުސާސާއި އޮންނަ ގުޅުން ކުޑަވެއެވެ. މިސަބަބަށްޓަކައި މަދަދަށް އެދި ގޮވާ މީހާ އަށް ވަނީ، އޭނާގެ ހިތްމައްޗަށް ﷲ ގެނެސްދެއްވި އެއްޗެއް ފާޅުކުރުމެވެ. ކުރިޔާލައި އެއްޗެއް ތައްޔާރުކުރުމެއް ނޫނެވެ. މިއީ ކޮންމެ މުއުމިނެއްގެ ހިތުތެރޭވެސް ލެވިފައިވާ އެއްޗެކެވެ. އަދި ޢަރަބި ބަހުންދުޢާކުރުން ޖާއިޒުފަދައިން ޢަރަބި ނޫން ބަހުން ވެސް ދުޢާ ކުރުން ޖާއިޒެވެ. އަދި ހުސްޠާހިރުވަންތަ ﷲ، ދުޢާ ކުރާފަރާތުގެ ޤަޞްދާއި އޭނާގެ މުރާދު މޮޅަށް ދެނެވޮޑިގެންވެއެވެ. އެއީ އޭނާގެ ދުލުގައި ކުށްޖެހުމެއް ވިޔަސް އެވެ. އެހެނީ އެއިލާހު އެންމެހާ ގޮވެލިއެއްގެ އަޑުތަކެއް ދެނެވޮޑިގެންވެއެވެ. އޭގެ ބަހުރުވައިގެ ތަފާތުތަކާއި އެކުގައެވެ. އަދި އެވެރިންގެ ޙާޖަތްތަކުގެ ފުޅާކަމާއި އެކުގައެވެ. ❝
— ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ (މަޖްމޫޢުލް ފަތާވާ، 22/488)
~ ގަލަންދާނު 🖋
❝ If there is patience, victory will come, and without patience, there is no victory. Whoever wants to support the religion through a green road unencumbered by adversity and thorns will find that this is not possible. ❞
— Al-Alwān (source)
~ Galandān 🖋