🔴ކާފަރުންގެ ޢީދު ޙަފުލާ ތަކުގައި ތައްޔާރު ކުރެވޭ ކާތަކެތި ހަދިޔާގެ ގޮތުގައި ބަލައިގަތުމާއި ކެއުމުގެ ޙުކުމް، އަދި އޭގެ މައްޗަށްވާ ޝަރުޠުތައް — އަދި މީގެ މައްޗަށް: ބިދުޢަވެރި ޙަފުލާތަކުގެ ކާތަކެތި ބަލައިގަތުމުގެ ޙުކުމް
①
⬆️ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله (اقتضاء الصراط المستقيم لمخالفة أصحاب الجحيم ٢/٥١) ގައި ވިދާޅުވިއެވެ:
❞ ދެންފަހެ އެވެރިންގެ (ކާފަރުންގެ) ޢީދު ދުވަސްތަކުގައި އެވެރިންގެ ފުށުން ހަދިޔާ ޤަބޫލުކުރުމާއި މެދު، ދަންނައެ، އިސްވެ އަހަރެމެން ޢަލީ -رضي الله عنه- އަރިހުން ނަޤުލުކުރި ފަދައިން، އެކަލޭގެފާނަށް (މަޖޫސީ އާއަހަރު) ނައުރޫޒް އިން (އެދުވަހުގައި) ހަދިޔާއެއް ގެނެވުމުން އެ ޤަބޫލުކުރެއްވިއެވެ.
އަދި އިބްނު އަބީ ޝައިބާ "އަލްމުޞައްނަފް" ގައި ރިވާކުރެއްވިއޭ: ޖަރީރު އަހަރެމެން ގާތު ބުންޏޭ، ޤާބޫސްގެ އަރިހުން އެކަލޭގެފާނުގެ ބައްޕަގެ އަރިހުން، ވިދާޅުވިޔޭ: އަންހެނަކު ޢާއިޝަތުގެފާނު އަރިހު ސުވާލު ދެންނެވިޔޭ: ”މަޖޫސީ ކިރުމައިން ތަކެއް އަހަރެމެންގާތު އެބަ ތިއްބެވެ. އެމީހުންގެ ޢީދެއް އައިސްފިނަމަ އެމީހުން އަހަރެނެންނަށް ހަދިޔާދީ ހަދައެވެ.“
އެހެންކަމުން އެކަމަނާ (ޢާއިޝަތުގެފާނު) ވިދާޅުވިއެވެ: ”ދެންފަހެ އެއުރެން އެދުވަހު ޒަބަހަ ކުރާތަކެތި، ދަންނައެ، އޭގެން ނުކާށެވެ. އެހެނަސް އެވެރިންގެ ގޮވާން ތަކުން ކާށެވެ. (އެބަހީ އެދުވަހުގެ މުނާސަބާތުގައި ކަތިލެވޭ ތަކެތި ނޫން، ގަސްގަހުގައި ގަންނަ މޭވާ ތަރުކާރީ ފަދަ ހަދިޔާތަކުގައި ހިފާށޭއެވެ.)
އަދިވެސް އެކަލޭގެފާނު (އެބަހީ: އިބްނު އަބީ ޝައިބާ) ރިވާކުރެއްވިޔޭ: ވަކީޢު އަހަރެމެން ގާތު ބުންޏޭ، އަލްޙަސަން ބުނު ޙަކީމުގެ އަރިހުން، އެކަލޭގެފާނުގެ މަންމާގެ އަރިހުން، އަބޫ ބަރްޒާ ގެ އަރިހުން: އެކަލޭގެފާނު (އަބޫ ބަރްޒާ) މަޖޫސީންގެ އަވަށެއްގައި އުޅުއްވިޔޭ އެވެ. އެހެންކަމުން އެއުރެން ނައުރޫޒާއި މަހްރަޖާނުގެ ޙަފުލާތަކުގައި އެކަލޭގެފާނަށް ހަދިޔާދީ ހަދަތެވެ.
އެހެންކަމުން އެކަލޭގެފާނުގެ އަހުލުންނަށް އެކަލޭގެފާނު ވިދާޅުވެތެވެ: ”އޭގައި މޭވާތަކެއް ވާނަމަ، ފަހެ އެއިން ކާށެވެ. އަދި އެނޫން ތަކެތި ރައްދުކުރާށެވެ.“
މިހެންކަމުން މިއެންމެހާ އެއްޗަކުން ދަލީލުކޮށްދެނީ ޢީދެއްގެ ސަބަބުން އެއިން ލިބޭ އެއުރެންގެ ހަދިޔާ ޤަބޫލު ކުރުމުން މަނަޢު އެއް ނުވާ ކަމެވެ.
އަދިކިއެއްހެއްޔެވެ؟ ޢީދުތަކުގައި ހަދިޔާގައި ހިފުމުގެ ޙުކުމަކީ އެނޫން ދުވަސްތަކުގައި ހަދިޔާގައި ހިފުމާއި ހަމަ އެއް ޙުކުމެކެވެ. އެހެނީ އޭގައި އެވެރިންގެ ކުފުރުގެ ޝިޢާރުތަކަށް ވާގިވެރިވުން ނުހިމެނެއެވެ.
އެހެނަސް، ޙަރުބީ ކާފަރުން (އެބަހީ އަހުދެއްނެތް ހަނގުރާމައިގެ ޙާލަތުގައި ތިބި ކާފަރުން) އަދި ޛިންމީންގެ ފުށުން ހަދިޔާ ޤަބޫލު ކުރުމުގެ މައްސަލަ، މިއީ މުޅިން އެހެން މަޢުޟޫއެކެވެ. އެކަމުގައި ޚިލާފުތަކެއް ވެއެވެ. އަދި ތަފްޞީލުތަކެއްވެސް އެކުލެވެއެވެ. އަދި (މިހާރު މިދެކެވޭ ނުކުތާ) މިއީ، އެތަފްޞީލަށް ދިޔުމުގެ ތަންވަޅެއް ނޫނެވެ.
އަދި އަހުލު ކިތާބީންގެ ޢީދުތަކުގައި ތައްޔާރުކުރެވޭ ކާތަކެތި ކެއުމީ ހުއްދަކަމެކެވެ. އެތަކެތި ގަނެގެން ނޫނީ ހަދިޔާގެ ގޮތުގައި ނޫނީ އެނޫންގޮތަކުން ލިބިގެން ވިޔަސްއެވެ. އެއަކީ ޢީދަށްޓަކައި އެވެރިން ކަތިލި އެއްޗެއް ކަމުގައި އެނުވާހާ ހިނދަކުއެވެ. ދެންފަހެ މާޖޫސީން ކަތިލާ ތަކެއްޗާއި މެދު ދަންނައެ، އޭގެ ޙުކުމަކީ އެނގިބަޔާންވެގެންވާ ފަދައިން، ޢާންމުކޮށްވެސް ޙަރާމް އެއްޗެކެވެ. (ޢީދެއް ނޫނީ އެނޫން ދުވަހެއް ވިޔަސްއެވެ.) ❝ اهـ. (عربي)
📝 މީގެ މައްޗަށް ބަލައި، އަހަރެމެން ބުނަމެވެ:
އަދި ޢިލްމުވެރިން ބިދުޢައިގެ ދުވަސް ތަކުގައި ތައްޔާރުކުރެވޭ ތަކެތި ގަނެގެން ނޫނީ ހަދިޔާއެއްގެ ގޮތުގައި ލިބިއްޖެނަމަ ޤަބޫލު ކުރުމާއި މެދު ޚިލާފުވެލެއްވިއެވެ. އަދި އެ ހުއްދަ ނޫން ކަމަށް ވިދާޅުވާ ގިނަ ބޭކަލުންގެ ޤަޥްލަށް ބަލާއިރު އެބޭކަލުން އެ ނަހީ ކުރައްވަނީ، ބިދުޢަޔަށް "އިންކާރުކުރުމާއި ނުރުހުން ފާޅުކުރުމުގެ" ބާބުގެ ދަށުންނެވެ. އަދި އެހެނަސް އެތަކެތި އޭގެ ޒާތުގައި ހުއްދަތޯ ، މި ބާބުގެ ދަށުންނެއް ނޫނެވެ.
⬆️އެގޮތުން ޝެއިޚް މުނައްޖިދު، ޢީދުމީލާދުގައި ތައްޔާރު ކުރެވިއްޖެ ހަލުވާ އާއި މެދު ސުވާލުވެވުމުން ވިދާޅުވިއެވެ:
❞ އެ ޙަފުލާއަށް މަދަދުދެވޭ ކޮންމެ ކަމެއްވެސް ހުއްދައެއް ނޫނެވެ. އެއީ އެފަދަ ހަލުވާ ބަހައިދީގެން ނޫނީ އެފަދަކަމަކުންވިޔަސްއެވެ. އެހެނަސް މީހަކު އެ ޙަފުލާގައި ވިއްކާ ހަލުވާއެއް އޭގެން ބޭރުގައި ގަނެ، އޭނާ އަދި އޭނާގެ ދަރިން އެއިން ކެއުމުގައި މައްސަލައެއް ނެތެވެ. (ފިޤުހީ އުޞޫލީ) އެއްޗެއްގެ އަޞްލަކީ ހުއްދަކަމެވެ.❝
އަދި މިއީ ޝެއިޚުގެ ފަތުވާބޯޑު (islamqa) ގައި ހިމެނޭ ފަތުވާތަކުގައި އެފަދަ ތަކެތި ޙުއްދާނޫން ކަމުގައި ފަތުވާ އެކުލެވޭ ހިނދުގައެވެ. މީގެން ދޭހަވާނީ އެތަކެތި މަނައު ކުރާ ގިނަ ބޭކަލެއް، އެ މަނައު ކުރައްވަނީ އޭގެ އަޞްލަށް ނޫންކަމެވެ. ﷲ أعلم.
=
⏺«ރަސޫލާ صلى الله عليه وسلم ގެ ޢީދުމީލާދު ޙަރާމް ވުމުގެ މައިގަނޑު 3 ސަބަބު» ~ގަލަންދާނު (ފޮޓޯ HD ފައިލް)
Читать полностью…⬆️ ❞ މުސްލިމުންގެ ހިތްތަކުގައި އެފަދަ ގަދަރުވެރި ކީރިތި މިސްކިތް މިހާރު ނަޖިސް ކުރަމުން އެގެންދަނީ ޔަހޫދީންގެ ފައިތިލަތަކެވެ. އެބައިމީހުންގެ ފައިން ޙަޤީޤަތުގައި އެ އަރަނީ އިސްލާމީ އުންމަތުގެ ބޮލަށެވެ. އެކަން ހުއްޓުވުމަށް މަސައްކަތް ކުރުމަކީ ހުރިހައި މުސްލިމުންގެ ވާޖިބަކަށް ނުވާނެތޯއެވެ؟ ޝައްކެއްނެތެވެ. އަލްމަސްޖިދުލްއަޤްޞާ އާއި، އެތާގެ ބިން، ޔަހޫދީންގެ އަތުން އަތުލައި ސަލާމަތްކުރުމަށްޓަކައި ޖިހާދު ކުރުމަކީ ހުރިހައި މުސްލިމުންގެ ވާޖިބަކަށް ނުވާނެތޯއެވެ. ތެދެކެވެ. އަލްމަސްޖިދުލްއަޤްޞާ އަކީ މުސްލިމުންގެ ތަނެކެވެ. މުސްލިމުންގެ ޙައްޤެކެވެ. އެ ޙައްޤު ލިބިގަތުމަށްޓަކައި ޖިހާދު ކުރަމުންދާ ބައިގައިވުމުގެ އަޒުމް ...އައުކުރަމާ ހިންގަވާށެވެ! ❝
— މުޙައްމަދު ޖަމީލު ދީދީ، (ފަތްތޫރަ، އަދަދު 20 )
ނޮވެންބަރ 1980 ކ.ތ.
~ ގަލަންދާނު 🖋
"The people of Ghazzah die so that ʿizzah (glory) can live on. How many a people sell ʿizzah so that they could live on humiliated. They realized the value of life, but not the value of dignity." — 'Abdul 'Azīz al-Tarīfī #GazaGenocide
~ Galandān [via X]
”ހަށިވިއްކާ އަންހެނެއް ކުއްތާއަކަށް ކުރި ރަޙުމް ގެ ސަބަބުން ﷲ ގެ މަޣްފިރަތު ޙާޞިލުވީހިނދު، މުސްލިމުންގެ ޔަތީމުކުދީންނާއި، ނިކަމެތީންނާއި ޢާންމުންނަށް ރަޙުމްކޮށްފުމީ ﷲ ގެ ރަޙުމަތާއި މަޣްފިރަތު ލިބިއްޖައުމެކެވެ. އަދި ރަޙުމް ނުކުރާ މީހަކަށް ރަޙުމް ކުރެއްވުން ނުވެއެވެ.“
— އަލްޢަލްވާން (عربي | Eng)
~ ގަލަންދާނު 🖋
❞ ޣައްޒާގެ މުސްލިމުންނަށް ބޭވަފާތެރިވުމީ އެ އަނިޔަލާއި ޢުދުވާނުގައި ވެވޭ ބައިވެރިވުމެކެވެ. އަދި އެއަށްވުރެ ބޮޑު ނުބަޔަކީ، ޔަހޫދީންނަށް ވާޤިވެރިވުމުގެ ސަބަބުން އެ ޙިޞާރަޔަށް މަދަދުވެރިވުމެވެ. اللهم انصر أهل غزة واخذل الخاذل القادر! (ޔާ ﷲ، ޣައްޒާ ގެ އަހުލުންނަށް ނަޞްރުދެއްވާނދޭވެ. އަދި ކުޅަދާނަކަން އޮވެމެ، ބޭވަފާތެރިވީ ކޮންމެ މީހެއް ނިކަމެތި ކުރައްވާށިއެވެ.) ❝
— އައްޠަރީފީ
~ ގަލަންދާނު 🖋
[5] މުޞައްނިފު އިތުރު ކުރެއްވި ޤަޥްލު
والدرجة الرّفيعة
وارزقني شفاعته، برحمتك يا ارحم الراحمين.
އަލްފައްރާއު ވިދާޅުވިއެވެ: އައްސައްޔިދު، އެއީ ދީލަތިވަންތަ ކަމުގައި އިންތިހާ ފަރާތެވެ. އަދި އަޅެއްގެ ސައްޔިދަކީ: އޭނާގެ މަވްލާ (ވެރިޔާ) އެވެ. އަދި އަންހެނެއްގެ ސައްޔިދަކީ: އޭނާގެ ފިރިމީހާއެވެ. އަދި މިހެން ކަމުން ﷲ تعالى ވަޙީ ﴿وَأَلۡفَيَا سَيِّدَهَا لَدَا ٱلۡبَابِۚ﴾ ގައި ވާ "އޭނަގެ ސައްޔިދޭ" މާނަކުރެވެެނީ ފިރިމީހާއަށެވެ. (އެއީ ޔޫސުފު ސޫރަތުގެ 25 ވަނަ އާޔަތެވެ: ”އަދި ހަމަ ދިމާވިގޮތުން ދޮރުކައިރިން އެކަމަނާގެ ސާހިބުމީހާ އެބަހީ: އެކަމަނާގެ ފިރިކަލުން އެދެމީހުންނަށް ދިމާވެއްޖެއެވެ.“)
(މަތީގައި ބަޔާން ވެވުނު ބަސްތަކުގެ މަޞްދަރު تاج العروس - الزبيدي - ج ٥ - الصفحة ٣٢)
⚠️ ޝަރުޢީ ގޮތުން ވާރިދުވެފައިވާ ޚާއްޞަ ޛިކުރު ތަކުގެ ތެރޭއަށް "سَيِّدِنَا" އިތުރު ކުރުމުގެ ޙުކުމް:
އަހަރެމެންގެ ޝާފިޢީ މަޛުހަބުގެ އިމާމުން ކުރެ، އަލްޙާފިޡު އިބްނު ޙަޖަރާއި ސުވާލު ދެންނެވުނެވެ:
ސުވާލު: ނަބިއްޔު ﷺ އަށް ޞަލަވާތް ކިޔޭ އިރު، މޮޅުއިތުރީ (سَيِّدِنَا) ލައިގެން ކިޔުން ތޯއެވެ؟ އެހެނީ އެއީ އެކަލޭގެފާނަށް އެކަށީގެންވާ ޙައްޤު ޞިފަކުރުމަކަށްވާތީއެވެ. ނުވަތަ މޮޅުއިތުރީ އެހެން ނުކިޔުން ތޯއެވެ؟ އެއީ އެއްވެސް ޙަދީޘަކުން އެގޮތަށް ރިވާވެފައި ނުވާތީއެވެ؟
ޖަވާބު: ރިވާވެފައިވާ ލަފުޡުތަކުގައި ހިފުމީ ރަނގަޅުހެޔޮ ގޮތެވެ. އަދި ”އެކަލޭގެފާނު ﷺ އެބަސް ދޫކޮށްލެއްވީ ”ތަވާޟިޢުވެރިވެޔޭ އަދި އެހެނަސް އެކަލޭގެފާނުގެ އުއްމަތަށް އެކަލޭގެފާނު ޛިކުރު ކުރެވޭ ކޮންމެ ހިނދަކު އެބަސް ލުން އެދެވިގެން ވެޔޭ“ ބުނެވިގެން ނުވާނެއެވެ. އެހެނީ އަހަރެމެންގެ ބުނުމަކީ: ތިިކަން ތެދުނަމަ އަސްޙާބު ބޭކަލުންގެ ފަރާތުންނާއި ތާބިޢިއްޔަ ބޭކަލުންގެ ފަރާތުން ތިކަން ވާރިދުވީހީއޭ އެވެ. އަދި އަޞްޙާބުންނާއި ތާބިޢީންގެ އެއްވެސް ބޭކަލެއްގެ ފަރާތުން އަހަރެމެންނަށް އެފަދައިން އާޘާރެއް ލިބިފައި ނުވެއެވެ. މިއީ މިކަމުގައި (ނަބިއްޔު ﷺ ގެ ނަންފުޅާއިއެކު) ގިނަގުނަ ތަކެތި ވާރިދުވެފައިވީހިނދުގައެވެ...“ — ދެން ބައެއް އަޞްޙާބު ބޭކަލުންނާއި ތާބިޢީންގެ ފަރާތުން، އަދި (އަހަރެމެންގެ) އިމާމް އައްޝާފިޢީގެ އަރިހުން ނަޤުލުވެފައިވާ އާޘާރުތައް (ބަސްފުޅުތައް) ގެންނަވައި އޭގައި މި ލަފުޡު (سَيِّدِنَا) ހިމެނިފައި ނުވާކަން ބަޔާންކުރެއްވިއެވެ. އެއަށް ފަހު ވިދާޅުވިއެވެ — ”ޢަދި މިކަންތަކީ (އެބަހީ އިތުރުއެކަލޭގެފާނުންނަށް ޞަލަވާތް ކިޔުމުގެ ކަންތަކީ) ފިޤުހު ފޮތްތަކުގައި މަޝްހޫރު ކޮށް ދެކެވިފައިވާ ވާހަކައެކެވެ. ނުކުތާއަކީ، މިކަންތަކުގައި ވާހަކަދެއްކެވި ފިޤުހުވެރި ދަންނަބޭކަލުން ތެރެއިން އެންމެ ބޭފުޅެއްވެސް (سَيِّدِنَا) އޭ ވިދާޅުވެފައި ނުވުމެވެ. އަދި މިއިތުރު ކުރުމަކީ އެދެވިގެންވާ ކަމެއް ކަމުގައި ވީހީނަމަ، އެއެންމެހާ ބޭކަލުންނަށް އެކަން ނޭނގި އަދި އެކަންތައް ދޫވޭސް ނުކުރެއްވީހެވެ. އަދި ދަންނައެ، އެންމެހާ ހެވެއް ވަނީ (ދީނުގައި ވާރިދުވެފައިވާ ތަކެއްޗަށް އެއޮތްގޮތަށް) ތަބަޢަވުމުގައެވެ. އަދި ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ.“
[މިފަތުވާ ނަޤުލުކުރެއްވީ ޝެއިޚް ބަކްރު އަބޫ ޒައިދު ”معجم المناهي اللفظية“ (ޞ. 305) ގައި އަދި މަޞްދަރުދެއްވީ އަލްޤާސިމީގެ
"الفضل المبين" (ޞ. 50) އަށް]
ލަޖްނަތުއް ދާއިމާ ގެ ޢިލްމުވެރިންނާއި ސުވާލުވެވުނެވެ: އިބްރާހީމީ ޞަލަވާތް ފަދަ ވާރިދުވެފައިވާ ތަކެތީގައި ނޫން ގޮތެއްގައި ރަސޫލު ﷲ ﷺ ގެ ނަންފުޅު ގަންނަހިނދު "سيدنا محمد" އޭ އަހަރެމެންނަށް ބުނެ އިތުރުކުރެވިދާނެތޯއެވެ؟
ޖަވާބު: އަހަރެމެންނަށް އެނގޭންއޮތް އެއްޗަކަށް ބަލާއިރު، އައްތަޙިއްޔާތުގައި ރަސޫލު ﷲ ﷺ އަށް ޞަލަވާތް ކިޔުމުގައި މިކަލިމަ "سيدنا" ވާރިދުވެފައި ނުވެއެވެ. އެބަހީ : (اللهم صل على سيدنا محمد ..މިހެން ގޮސް ކިޔުމެވެ.) އަދި ބަންގިޔާއި ޤަމަތުގެ ޞިފަތައްވެސް އޮތީ މިހެންނެވެ. (ސައްޔިދުނާއޭ ނުލެވިއެވެ.) އެހެންކަމުން އޭގައި سيدنا ކިޔުން ނުވެއެވެ. އެއީ ނަބިއްޔު ﷺ އާއި އެކަލޭގެފާނުގެ ޢަޞްޙާބުން ގެ އަރިހުން އެކަލޭގެފާނަށް ޞަލަވާތް ކިޔާނޭ ގޮތާއި ބަންގިޔާއި ޤަމަތްދޭނޭ ގޮތާއިމެދު ވާރިދުވެފައިވާ ތަކެތިގައި އެބަސް ހިމެނޭ އެއްވެސް ޞައްޙަ އެއްޗެއް ނެތުމުގެ ސަބަބުންނެވެ. އަދި އަނެއް ސަބަބަކީ، އަޅުކަންތަކަކީ ތަވްޤީފީ ތަކެއްޗަށް ވުމެވެ. (އެބަހީ: ޝަރުޢުކުރައްވާ ފަރާތް (އައްޝާރިޢު) ފުށުން ޘާބިތު ދަލީލަކުން މެނުވީ އަޅުކަމެއް ކަނޑަނޭޅޭނޭ ކަމެވެ. ޤުރުއާނާއި ސުންނަތުގެ ދަލީލެވެ.) ވީމާ އޭގައި ﷲ سبحانه وتعالى ޝަރުޢު ނުކުރައްވާއެއްޗެއް އިތުރު ކުރުމެއް ނުވެއެވެ. ދެންފަހެ އެނޫން ޙާލަތް ތަކުގައި (ނަމާދާއި ސީދާ ވަކިކަމަކާއި ކަނޑައެޅިގެން ކިޔުން ހުރި ދުޢާ އާއި ދިކުރުތަކުގައި މެނުވީ) އޭގައި (ސައްޔިދުނާ ލުމުގެ) ގޯހެއް ނެތެވެ. އެއީ އިތުރުއެކަލޭގެފާނުން ﷺ ގެ މިޙަދީޘްފުޅުގެ މައްޗަށެވެ: (أنا سيد ولد آدم يوم القيامة ولا فخر) . — اهــ.
"فتاوى اللجنة الدائمة" (7/65) .
*އިތުރަށް ބަލައިހޯދުމަށް (ފަތުވާ 85116)
✅މީގެ އިތުރުން: ބަންގީގެ ތެރޭ ކިޔޭ ޝަހާދަތުގެ ދެކަލިމަ ތަކުރާރުކޮށް ނިންމާފައި (އެބަހީ: أشهد أنَّ محمداً رسولُ الله އަށް ފަހު)
«رَضِيتُ بِاللَّهِ رَبَّاً، وَبِمُحَمَّدٍ رَسُولاً، وَبِالْإِسْلاَمِ دِينَاً» މިޛިކުރު ކިޔުން ވެއެވެ.
(މިޛިކުރުގެ މާނަ: ﷲ އީ ހުރިހާ އެއްޗެއްގެ ރައްބު ކަމަށާއި އަދި މުޙައްމަދުގެފާނީ ރަސޫލާކަމަށާއި އަދި އިސްލާމްދީނަކީ ދީންކަމަށް އަހުރެން ރުހިއްޖައީމެވެ.)
🤚މިއީ މުސްލިމް ގައި މިޛިކުރު ރިވާވެފައިވާ ލަފުޡެވެ.
އަދި އަބޫ ޢަވާނާ ގެ މުސްތަޚްރަޖް (1043) ގައި އިސްފަސް ވެފައިވެއެވެ:
«رضيت بالله ربا، وبالإسلام دينا، وبمحمد ﷺ نبيًّا» [އަދި نبيًّا ގެ ބަދަލުގައި رسولا — މިހެން އިބްނު ޢާމިރުގެ ރިވާޔަތުގައެވެ.]
⚠️ އަދި ޢިލްމުވެރިން މި ލަފްޡު ކިޔާނޭ ގޮތާއި އޭގެ ޖަގަހަޔާއިމެދު ބޮޑު ޚިލާފެއް ވެފައިވެއެވެ. އަދި ބަޔެއް ޢިލްމުވެރިން މިއީ ބަންގި ނިމުމަށްފަހުގައި ކަމަށް ކަނޑައެޅުއްވިއެވެ. އަހަރެމެން މަތީގައި ބަޔާން ކޮށްފައި އެވަނީ، ފަހުގެ މުޙައްދިޘުންގެ ތެރެއިން އައްސަޢްދު އާއި އަލްޢަލްވާން އާއި އަލްޢުޞައިމީ އާއި އަލްޢަދަވީ އާއި ޢަބްދުއްރައްޒާޤު އަލްބަދްރު ރާޖިޙު ކުރެއްވި ގޮތެވެ: އެއީ ބަންގީގެ ތެރޭގައި ދެޝަހާދަތް ނިމިގެން އެއަށް އިޖާބަ ދިނުމަށް ފަހުގަޔޭ އެވެ.
އަދި މިއީ އަލްޢުޘައިމީންވެސް ރާޖިޙު ކުރެއްވިގޮތެވެ.
އަލްއުޘައިމީން "مجموع فـتاوى" (12/194) ގައި ވިދާޅުވިއެވެ: ”ޙަދީޘުގެ ބޭރުފުށަށް ދޭހަވާ މާނައީ، ބަންގިގޮވާމީހާ أشهد أن لا إله إلا الله وأشهد أن محمداً رسول الله އޭ ކިޔުމުން، އަދި ތިބާ އޭނާއަށް (ތަކުރާރުކުރުމުގައި) އިޖާބަދީ، އެއަށް ފަހު رضيت بالله رباً، وبالإسلام ديناً، وبمحمد رسولاً ކިޔުމެވެ...“
އަދިވެސް ވިދާޅުވިއެވެ: ބަންގި ގޮވާމީހާއަށް ތަބަޢަވާ މީހާގެ ގެ ޤަޥްލު (رضيت بالله رباً، وبمحمد رسولاً، وبالإسلام ديناً) ، މި ޤަޥްލު ވަނީ ޝަހާދަތުގެ ދެކަލިމަޔަށް ފަހުގައެވެ. އެބަހީ: ބަންގި ގޮވާމީހާ (حي على الصلاة) ކިޔުމުގެ ކުރިންނެވެ. މިގޮތުން: (أشهد أن لا إله إلا الله) (أشهد أن لا إله إلا الله) (أشهد أن محمداً رسول الله) (أشهد أن محمداً رسول الله) އޭނާ ކިޔާހިނދު، އަދި އަޑުއަހާ މީހާ އޭނާއަށް ތަބަޢަވެ، އެއަށްފަހު ކިޔުން ވަނީ: (رضيت بالله رباً) އަދި މިއީ أشهد أن لا إله إلا الله ގެ މުޤާބިލުގައިވާ އެއްޗެކެވެ. އަދި (وبمحمد رسولاً) މިއީ أشهد أن محمداً رسول الله ގެ މުޤާބިލެވެ. (وبالإسلام ديناً) މުއީ އެ ދެޖުމްލައިގެ މުޤާބިލެވެ. އެހެނީ "އިސްލާމް ކަން" ބިނާ ވެގެންވަނީ أشهد أن لا إله إلا الله އިން ދަލީލުކުރާ އިޚްލާޞްތެރިކަމާއި(އެބަހީ ﷲ އެއްކައުވަންތަކޮށް ޚާލިޞްކުޅައުން) ، އަދި أشهد أن محمداً رسول الله.ދަލީކުކޮށްދޭ (ނަބިއްޔާ ﷺ ދެއްކެވި ގޮތަށް) ތަބަޢުވުމުގެ މައްޗަށެވެ.“
📝 ނޯޓް: މުޞައްނިފު ނުގެންނަވާ ޛިކުރުތަކެއް ބަންގިޔާއި އޭގެ ފަހަތުގައި ކިޔުމަށް ވާރިދުވެފައިވެއެވެ. އެތަކެތި ކުރިޔަށް ނަޤުލުކޮށްލާނަމެވެ:
✅އޭގެތެރޭގައި: ބަންގީގެ ލަފުޒުތައް ތަކުރާރު ކުރުމާއި އޭގެ ތަފްޞީލާއި އޭގެ ދަރުމަ ނަންގަނެވުނު ޙަދީޘް
އަދި އަބޫ ސަޢީދު އަލްޚުދްރީ އަރިހުން، ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިޔޭ: «إِذَا سَمِعْتُمُ النِّدَاءَ؛ فَقُولُوا مِثْلَ مَا يَقُولُ المُؤَذِّنُ» ”ތިޔަބައިމީހުންނަށް އައްނިދާއު (ބަންގި ގޮވާ އަޑު) އިވިއްޖެނަމަ، ފަހެ މުއައްޛިނު ކިޔާ ފަދައިން ތިޔަބައިމީހުން ވެސް ކިޔާށެވެ.“ މުއްތަފަގުން ޢަލައިހި.
އަދި މިއީ "ޙައިޢަލަތައިން" ގޮވޭ އިރުގައި ފިޔަވައެވެ. (އެބަހީ: حَيَّ عَلَى الصَّلَاةِ، حَيَّ عَلَى الْفَلَاحِ މި ބައި ކިޔާ އިރު ކިޔަން ވީ އިމާމު ކިޔާ ގޮތަކަށް ނޫނެވެ.) އެޔާއި ވިއްދައި ކިޔުން ވަނީ: لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ އެވެ. މިއީ މީގެ ތަފްސީލުގައި މުސްލިމް (385) ގައި ރިވާވެފައިވާ ފަދައިންނެވެ:
ޢުމަރު ބުނުލް ޚައްޠާބު އަރިހުން، ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިޔޭ: (މާނަ) ބަންގިގޮވާ މީހާ اللَّهُ أَكْبَرُ اللَّهُ أَكْبَرُ އޭ ކިޔުމުން، ތިޔަބައިމީހުން ތެރެއިން ކޮންމެ މީހެއް ކިޔާށޭ اللَّهُ أَكْبَرُ اللَّهُ أَكْبَرُ . ދެން އޭނާ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ ކިޔުމުން ކިޔާށޭ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ. ދެން އޭނާ أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ ކިޔުމުން ކިޔާށޭ أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ. ދެން އޭނާ حَىَّ عَلَى الصَّلاَةِ ކިޔުމުން ކިޔާށޭ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ . ދެން އޭނާ حَىَّ عَلَى الْفَلاَحِ ކިޔުމުން ކިޔާށޭ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ . ދެން އޭނާ اللَّهُ أَكْبَرُ اللَّهُ أَكْبَرُ ކިޔުމުން ކިޔާށޭ اللَّهُ أَكْبَرُ اللَّهُ أَكْبَرُ . ދެން އޭނާ لاَ إِلَهَ إِلاَّ اللَّهُ ކިޔުމުން އެމީހެއްގެ ހިތުގެ އަޑިން ކިޔާށޭ لاَ إِلَهَ إِلاَّ اللَّهُ . އެމީހެއް ޖަންނަތައް ވަދެއްޖެއެވެ."
[2] މުޞައްނިފުގެ ބަސް:
ބަންގި ދިނުމަށް ފަހުގަޔާއި ޤަމަތް ދިނުމަށް ފަހުގައި މިދުޢާ ކިޔުން
📄 އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާންމު ބުނު ނާޞިރަލް ޢަލްވާންގެ ތަޢާރުފު | ~ ގަލަންދާނު
Читать полностью…⬇️ «ރަސޫލާ صلى الله عليه وسلم ގެ ޢީދުމީލާދު ޙަރާމް ވުމުގެ މައިގަނޑު 3 ސަބަބު» ~ގަލަންދާނު
ނޯޓް: އެހެން ޕްލެޓްފޯމްތަކުގައި މި HD ފޮޓޯ ޝެއަރ ކުރައްވާ
❌ ހުވަފެނުން ދީން އަމުނާ ބިދުޢަވެރިނާއި ޝައިޠާނުންގެ އަޢުވާނުން
ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވިއެވެ: [الرؤيا المحضة التي لا دليل على صحتها لا يجوز أن يثبت بها شيء بالاتفاق]
❞ ހަމައެކަނި ހުވަފެނެއްގެ މައްޗަށް، އޭގެ ޞައްޙަކަމުގެ މައްޗަށް އިތުރު [ޝަރުޢީ] ދަލީލެއް ނުވާޙާލު، އެއްވެސް ކަމެއް ޘާބިތުކުޅައުމީ، [ޢިލްމުވެރިންގެ] އިއްތިފާޤުން ހުއްދަކަމެއް ނޫނެނެވެ. ❝
مجموع الفتاوى 27/457
އިބްނު ޙަޖަރު ވިދާޅުވިއެވެ: ”...އެހެނީ ނަބީބޭކަލުން ނޫން ބަޔަކަށް ފެންނަ ހުވަފެނަކުން، ޝަރުޢީ ޙުކުމެއް ނެގުން ނުވާތީއެވެ.“ (فتح الباري ج ٢/ ٦٧)
އަދި އިބްނު ބާޒު ވިދާޅުވިއެވެ: ”އަދި ނިދީގައި ފެންނަ ހުވަފެނެއްގެ މައްޗަށް ގޮތްނިންމުމެއް ނުވެއެވެ. އަދި އެއްވެސް މީހަކަށް އެއަކުން އެއްވެސް ކަމަކަށް ލާޒިމުވުމެއްވެސް ނުވެއެވެ...“ ”އަދި ކިޔެއްހޭ، އިލްމުވެރިން ވަނީ ކަނޑައަޅުއްވާފައޭ، ހުވަފެނެއްގެ މައްޗަށް އެއްވެސް ކަމެއް ޘާބިތުކުޅައުން ނުވެޔޭ، އެއީ މީހަކަށް އޭނާގެ ނިދީގައި ޚުދު ނަބިއްޔު ﷺ ޙުކުމްތަކުން ޙުކުމަކަށް އަމުރު ކުރެއްވިޔަސް އެވެ. އެކަން އޭނާ އަށް ލާޒިމުވެގެން ނުވެއެވެ.“ (البحر المحيط 1 /90)
އައްނަވަވީ ވިދާޅުވިއެވެ: ”ޝަޢުބާން މަހުގެ 29 ވަނަ ދުވަހުގެ ރޭ، މީސްތަކުންނަށް ހުޅެވިހަނދު ނުފެނި، މީހަކަށް ނިދީގައި ނަބިއްޔު ﷺ ފެނި، "މިރެޔަކީ ރަމަޟާން މަހުގެ ފުރަތަމަ ރެޔޭ" އޭނާ އަށް ވިދާޅުވިޔަސް — މިހުވަފެނުގެ މައްޗަށް ރޯދަ ހިފުން ޞައްޙަވެގެން ނުވެއެވެ. އޭނާއަށް ނޫނީ އެނޫން މީހަކަށް ވިޔަސް އެވެ.“ المجموع 6/292
އަދި ޙާޝިޔަތުލް ޢައްޠާރް (2/467) ގައި ވެޔޭ: ”އަދި ހުވަފެނެއް (ހާދިސާ) ސީދާ ވިޔަސް އޭގެ މައްޗަށް ޝަރުޢީ ޙުކުމެއް އެމުނުން ލާޒިމެއް ނޫނެވެ... (ބުނެވެޔޭ) މީހަކަށްް ނިދީގައި ނަބިއްޔު ﷺ ފެނި ވިދާޅުވިޔޭ: މިވެނި ސަރަހައްދެއްގައި ކަންޒެއް ވެޔޭ، ގޮސް އޭތި ނަގާށޭ، (ޝަރުޢީ ގޮތުންް ދޭންޖެހޭ) ފަސްބައިކުޅަ އެއްބައި އެއިން ނެރޭކަށް ތިބާ މައްޗަށް ނުވެޔޭ އެވެ." ދެން އޭނާ ގޮސް އެތަނުން އެހޯދިއެވެ. އެހެންކަމުން ޢިލްމުވެރިންް އެކަމާ ބަހުޘް ކުރައްވައި، އަލްޢިއްޒު ބުނި ޢަބްދުއް ސަލާމު ވިދާޅުވިޔޭ: ފަސްބައިކުޅަ އެއްބައި ނެރޭށެވެ. އެހެނީ އެއީ މުތަވާތިރުކޮށް (ކަށަވަރު އެތައް މަގަކުން) ޘާބިތުވާން އޮތްކަމެކެވެ. އަދި އެންމެ ބޮޑުމިނުންބެއްޔަސް، ތިބާގެ ހުވަފެނަކީ އާޙާދު (އެއްމެ ފަރުދެއްގެ ސަނަދުން) އޮތް އެއްޗެކެވެ.“
~ ގަލަންދާނު 🖋
Detraction & Distortion Of Facts, is the media of criminals throughout the history! #GazaGenocide
~ Galandān [via X]
⬆️ނަމާދުގައި ކުރެވޭ އެންމެ ހުތުރުކަން ބޮޑު ހަރަކާތް ތަކުގެ ތެރޭގައި، ބޯދިގުކޮށް ހުންނަ ފިރިހެނުން ރުކޫޢިން ނޫނީ ސަޖިދައިން ތެދުވާއިރު ބޮލަށް ކުއްލި ހަރަކާތެއް ގެނެސް އިސްތަށިގަނޑު ފަހަތަށް އެއްލުން ހިމެނެއެވެ.
މީގައި އެކުލެވޭ ނަހީގެ ޞިފަތަކުގެ ތެރޭ:
• ނަމާދުން ބޭރު އިތުރު ޙަރަކާތް ގެނައުމާއި
• ހިންދޫންނާއި ސޫފީންގެ އަޅުކަމުގެ ތެރެއިން ވަޖިދުވަނުމުގެ ހަރަކާތާއި އެއްގޮތް ވުމާއި
• އިސް އުދަރެހާ ދިމާލަށް އުފުލުމާއި
• މަޑުމޮޅިކަމާއި ޚުޝުއްވަތުގެ ޞިފަ އެއިލާހުގެ ކުރިމަތީ ހުއްޓި ހުންނައިރު ގެއްލިދިޔުން ހިމެނެއެވެ.
الله أعلم.
~ ގަލަންދާނު 🖋
“If the mercy of a prostitute towards a dog brought Allah’s forgiveness, then mercy towards orphans, the weak, and the common people of the Muslims brings Allah’s mercy and forgiveness. He who does not show mercy will not be Shown Mercy.”
— Al- ʿAlwān (text)
~ Galandān 🖋
[7] މުޞައްނިފުގެ ޤަޥްލު:
وَصَلَّى اللَّهُ وَسَلَّمَ عَلَى سَيِّدِنَا مُحَمد وَآلِهِ وَصَحبه اجمَعِينَ
الحمد لله رب العالمين
⬆️ ވާރިދުވެފައިވާ ދުޢާތައް އުނިއިތުރުކުރުމެއްނެތި ކިޔުމުގެ އަމުރު
އަދި ދެޞަޙީޙުގައި ބަރާއު ބުނު ޢާޒިބް އަރިހުން، އެކަލޭގެފާނަށް ނަބިއްޔު ﷺ ރޭގަނޑު ނިދުމުގެ ކުރީން ކިޔާނޭ ދުޢާއެއް ދަސްކޮށްދެއްވިވާހަކަ ނަންގަންނަވަމުން ވިދާޅުވީ، އަދި އެ ދުޢާގައި ވާ އެއްތަންކޮޅީ ”...وَبِنَبِيِّكَ الَّذِي أَرْسَلْتَ“. އަލްބަރާއު ވިދާޅުވިއެވެ: ”އެއަށްފަހު އަހަރެން އަމިއްލައަށް އެދުޢާ ނަބިއްޔު ﷺ އަށް ތަކުރާރުކޮށްދިނީމެވެ. އަދި މިތަންކޮޅަށް އައިހިނދު: [....] އަހަރެން ކީ: ”وَرَسُولِكَ..“ އެހިނދު އިތުރުއެކަލޭގެފާނުން ޙަދީޘް ކުރެއްވިއެވެ: « لاَ» ނޫނެކެވެ! (އެހެނަސް) «وَنَبِيِّكَ الَّذِي أَرْسَلْتَ» އެވެ. މިއީ އަލްބުޚާރީ 247 ގައި އަދި މުސްލިމް 2710 ގައި ރިވާކުރެއްވި ޙަދީޘެކެވެ.
އަދި ޢިލްމިވެރިންގެ ތެރެއިން ބައިގަނޑެއް މިތާނގައި ނަބިއްޔު ﷺ އިންކާރު ކުރެއްވި ސަބަބާއިމެދު ވިދާޅުވީ، ވާރިދުވެފައިވާ ލަފުޡުތަކުގެ ތެރެއަށް އުނިއިތުރުކުރުން ނުގެނެވެނޭނޭކަން އެންގެވުމަށްޓަކައި ކަމެވެ.
އޭގެ ޝަރަޙައިގައި އަހަރެމެންގެ ޝާފިޢީންގެ އިމާމު، އައްނަވަވީ ވިދާޅުވިއެވެ: ”އަދި އަލްމާޒަރީ އާއި އެނޫން ބޭކަލުން މި އިންކާރުކުރެއްވުމުގެ ސަބަބެއް ކަމުގައި ވިދާޅުވީ: މިއީ ޛިކުރެއް އަދި ދުޢާއެއް ކަމުގައިވުމުންނޭ އެވެ. ވީމާ އޭގައި ވާރިދުވެފައިވާ ލަފުޡުގެ މައްޗަށް ބަސްތައް ހިފަހައްޓަން ޖެހޭނޭކަމެވެ. އަދި އޭގައި ނަންގަނެވޭ ޘަވާބު ލެވިގެންވަނީ އެބަސްތަކުން ކިޔުމުން އެކަނި ކަމުގައިވުމީ ވެސް އެކަށީގެން ވާކަމެކޭއެވެ. އަދި ފަހަރެއްގައި މިއީ އިތުރުއެކަލޭގެފާނަށް ވަޙީއިން އައި ކަލިމަތަކެއްކަމުގައި ވުމެވެ. ވީމާ އޭގެ ބަސްތައް އެހުރިގޮތަށް އަދާއުކުރުން ވެޔޭއެވެ. [އައްނަވަވީ ވިދާޅުވިއެވެ] އަދި މިބުނުމަކީ ހެޔޮ ބުނުމެކެވެ.“ (شرح النووي على مسلم 17/197)
އަދި ވެސް މިޙަދީޘުގެ ޝަރަޙައިގައި، އަލްޙާފިޡު އިބްނު ޙަޖަރު ވިދާޅުވިއެވެ:
”އަޛްކާރު ތަކުގެ ލަފުޡުތަކީ ތަޥްޤީފީ ތަކެއްޗެވެ. (ވަޙީއާއި ސުންނަތުން އައިސްފައި އޮތް ގޮތަށް އުނިއިތުރެއްނެތި ބޭނުން ކުރަންޖެހޭ ތަކެއްޗެވެ.) އަދި އެއަށް އިތުރު ޤިޔާސެއް ނުކުރެވޭނޭ އޭގެ އަމިއްލަ ޚާއްޞަކަމަކާއި ސިއްރުތަކެއް އެތަކެއްޗަށް ލެވިފައިވެއެވެ. ވީމާ ވާރިދުވެފައިވާ ލަފުޡުތަކުގެ މައްޗަށް އެރައްކައުތެރިކޮށް ބެލެހެއްޓުން ވާޖިބެވެ. އަދި މިއީ އަލްމާޒަރީ އިޚްތިޔާރު ކުރެއްވި ރައުޔެވެ. ވިދާޅުވިއެވެ: އޭގައި ވާރިދުވެފައިވާ ލަފުޡުގެ މައްޗަށް ބަސްތައް ހިފަހައްޓަން ޖެހޭނެއެވެ. އަދި އޭގައި ނަންގަނެވޭ ޘަވާބު ލެވިގެންވަނީ އެބަސްތަކުން ކިޔުމުން އެކަނި ކަމުގައިވުމީ ވެސް، އެކަށީގެން ވާކަމެކެވެ.“ اهـ. "فتح الباري" (11/112)
⚠️މިހެންކަމުން މުސައްނިފު އިތުރު ކުރައްވާފައިވާ މި ލަފުޡު (سَيِّدِنَا) : މިދުޢާގައި އިތުރު ކޮށްގެން ކިޔުން ހުއްދަ ނޫނެވެ.
[4] މުޞައްނިފު އިތުރުކޮށްފައިވާ ލަފުޡު:
سَيِّدِنَا
⬆️ މިނުކުތާގެ ޚުލާޞާ އަކީ:
⬆️. މުއައްޛިނު ދޭ ބަންގީގެ ކޮންމެ ޖުމްލަޔެއް ތަކުރާރު ކުރުން. އެއީ "ހައްޔަޢަލާ" ގެ ދެ ޖުމްލަ ފިޔަވައެވެ. އޭގައި ކިޔުން އޮތީ ހަޥްޤަލާއެވެ. (އެބަހީ: لَا حَوْلَ وَلَا قُوَّةَ إِلَّا بِالله)
⬆️މީގެ ދަރުމަ: އޭގެ ނިމުމުގައިވާ لا اله الا الله އާއި ހަމަޔަށް ހިތުގެ އަޑިން ތެދުވެރިކަމާއި އެކު ކިޔައިފިނަމަ، ޖަންނަތަށް ވެއްދެވުން.
⬆️. ބަންގީގެ މެދުތެރެއިން އަންނަ ދެޝަހާދަތް ތަކުރާރުކޮށް އޭގެ ނިމޭތާގައި (ދެވަނަ أشهد أن محمدا رسول الله އަށް ފަހު) رَضِيتُ بِاللَّهِ رَبَّاً، وَبِمُحَمَّدٍ رَسُولاً، وَبِالْإِسْلاَمِ دِينَاً މިޛިކުރު (ނޫނީ އެނޫން ވާރިދުވެފައިވާ ޞީޣާއަކުން) ކިޔުމެވެ.
⬆️މީގެ ދަރުމަ: އެމީހެއްގެ ފާފާާތައް ފުއްސެވުން.
⬆️. ބަންގިން އަވަދި ވުމަށް ފަހު އިތުރު މާތް ޞާޙިބާއަށް ޞަލަވާތް ކިޔުން ﷺ.
⬆️ޢާންމު ދަރުމަ: އެއްފަހަރު ޞަލަވާތް ކިޔައިފި މީހަކަށް ﷲ ދިހަފަހަރު ޞަލަވާތް ލައްވަތެވެ. އޭގެ މުރާދަކީ އެއިލާހު އޭނާއަށް ޘަނާ ކިޔުއްވައި ރަޙްމަތް ދިހަފަހަރު ލެއްވެވުމެވެ.
⬆️. އެއަށްފަހުގައި ރަސޫލު ﷲ ﷺ އަށް ވަސީލަތް ދެއްވުމަށް އެދި ދުޢާ ކުރުން. އަދި މިކަމުގައި މޮޅުއިތުރީ އަލްބުޚާރީގައި، ސުންނަތުން ވާރިދުވެފައިވާ ދުޢާ އެވެ:
اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ
وَالصَّلاَةِ الْقَائِمَةِ
آتِ مُحَمَّدًا الْوَسِيلَةَ وَالْفَضِيلَةَ
وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ
⬆️ދަރުމަ: އިތުރުއެކަލޭގެފާނުން ﷺ ގެ ޝަފާޢަތް އެމީހެއްގެ މައްޗަށް ޙައްޤުވުން.
✅މަތީގައިވާ ފަދައިން ތަކުރާރުކޮށް ނިމުމުން އިތުރުއެކަލޭގެފާނުންނަށް ޞަލަވާތް ކިޔުމަށް އޮތް ޙަދީޘް.
އަދި ބަންގީގައި މިކަން، ނަބިއްޔު ﷺ އަށް ޞަލަވާތް ކިޔުން، އޮތީ ބަންގި ނިމުމުންނެވެ.
ޢަބްދު ﷲ ބުނު ޢަމްރު ބުނުލް ޢާޞް އަރިހުން، ނަބިއްޔު ﷺ ޙަދީޘް ކުރެއްވީތީ އެކަލޭގެފާނު އަޑުއެއްސެވީމޭ: «إِذَا سَمِعْتُمُ الْمُؤَذِّنَ فَقُولُوا مِثْلَ مَا يَقُولُ ثُمَّ صَلُّوا عَلَىَّ فَإِنَّهُ مَنْ صَلَّى عَلَىَّ صَلاَةً صَلَّى اللَّهُ عَلَيْهِ بِهَا عَشْرًا ثُمَّ سَلُوا اللَّهَ لِيَ الْوَسِيلَةَ...» ”ބަންގިގޮވާ މީހާގެ އަޑު ތިޔަބައިމީހުންނަށް އިވިއްޖެނަމަ، އޭނާ ކިޔާ ފަދައިން ކިޔާށެވެ. ދެން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔާށެވެ. ފަހެ ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ މައްޗަށް އެއްފަހަރު ޞަލަވާތެއް ކިޔައިފި މީހަކަށް ﷲ ދިހަފަހަރު ޞަލަވާތް ލައްވަތެވެ. (އެއީ އެއިލާހުގެ އޭނާ ޛިކުރު ކުރައްވައި ރަޙުމް ލެއްވެވިމެވެ.) ދެން ތިމަންކަލޭގެފާނަށް ވަޞީލަތަށް ﷲ ޙަޟުރަތުން އެދި ދަންނަވާށެވެ. (މިއީ އިހުބަޔާންވި އަލްބުޚާރީގެ ބަންގި ދުޢާގައިވާ ދެންނެވުމެވެ.)...“ (މުސްލިމް 384)
އައްނަވަވީ އިމާމު، "الأذكار" އޭ ކިޔުނު ފޮތުގައި ވިދާޅުވިއެވެ: ”ފަހެ މުޅި ބަންގިޔަށް މުތާބިޢާ ކޮށް (ތަކުރާރުކޮށް) އަވަދި ވުމުން ނަބިއްޔު ﷺ އަށް ޞަލަވާތާއި ސަލާމް ކިޔާހުށިކަމެވެ. އަދި އެއަށް ފަހުގަޔޭ ކިޔުން ވަނީ (اللهم رب هذه الدعوة التامة، والصلاة القائمة، آت محمدا الوسيلة والفضيلة، وابعثه مقاما محمودا الذي وعدته) “ — اهـ.
💭 އަދި ޞަލަވާތް ތަކުގެ ތެރެއިން އެންމެ މޮޅުއިތުރު އެންމެ ފުރިހަމާ ޞަލަވާތަކީ އިބްރާހީމިއްޔަ ޞަލަވާތެވެ. އަދި އެނޫން އެއްޗަކުން އެކަލޭގެފާނަށް ޞަލަވާތް ކިޔައިފިނަމަ، އެކަންވެސް ޖާއިޒެވެ. އަދި އޭގައި ތިބާއަށް ކިޔޭނޭ އެންމެ ކުޑަމިންވަރާއި މެދު، އައްނަވަވީ "روضة الطالبين" ގައި ވިދާޅުވިއެވެ:
”ނަބިއްޔު ﷺ އަށް ޞަލަވާތުގައި ކިޔޭނޭ އެންމެ ކުރު މިންވަރަކީ (اللّهُـمَّ صَلِّ عَلـى مُحمَّـد) އެވެ. އަދި އޭގެ އެންމެ ފުރިހަމަ މިންވަރަކީ: (اللهم صل على محمد، وعلى آل محمد، كما صليت على إبراهيم، وعلى آل إبراهيم، وبارك على محمد، وعلى آل محمد، كما باركت على إبراهيم، وعلى آل إبراهيم، إنك حميد مجيد) އެވެ“. اهـ.
އަލްއުޘައިމީނާއި ސުވާލުވެވުނެވެ:
”މިތާގައި ޞަލަވާތޭ އެނަންގެނެވިފައިވަނީ އިބްރާހީމީ ޞަލަވާތަށް ތޯއެވެ؟
ޢުޘައިމީން: އަހަރެންނަށް އެގޮތަކަށް ނުފެނެއެވެ. އެހެނީ އިބްރާހީމީ ޞަލަވާތް ނަންގަނެވުނީ އެބޭފުޅުން ތިމަންނާމެން ނަމާދުގައި ކަލޭގެފާނަށް ޞަލަވާތް ކިޔާނީ ކިހިނެއްތޯ ސުވާލުވެވުމުންނެވެ. އަޞްޙާބުން ސުވާލުދެންނެވީ މިފަދައިންނެވެ.
ސުވާލުކުރާ ފަރާތް: އެހެންކަމުން (އިބްރާހީމީ ޞަލަވާތް) ޚާއްޞައީ ނަމާދަށް އެކަނި ތޯއެވެ؟
ޢުޘައިމީން: އެ އައިސްފައިވީ ނަމާދަށް ޚާއްޞާކޮށެވެ. އެހެނަސް އޭގެ ސަބަބުން އެނޫން ތަނެއްގައި އެ ކިޔުން މަނައު ނުވެއެވެ. "ރަސޫލާއަށް ޞަލަވާތް ކިޔާށޭ" ނުވަތަ "ތިމަން ކަލޭގެފާނަށް ޞަލަވާތް ކިޔާށޭ" އައިސްފައިވާނަމަ، (اللهم صل على محمد) ފަދަ ދުޢާ އަކުން ފުދެއެވެ.“ اهـ.
ވީމާ މި މަޙައްލުގައި ޞަލަވާތް ކިޔާނޭ ސީޣާ ގައި އިޚްތިޔާރުވެއެވެ.
[3] މުޞައްނިފު ގެ ޤަޥްލު
މިދުޢާ ކިޔުން ސުންނަތެވެ.
މުޞައްނިފުގެ ބަސް:
ބަންގި ދުޢާ
🔴ފާޅުގައި ކުރެވޭ މުންކަރާތަށް އިންކާރުކުރުމުގެ ޤާބިލުކަން ހުންނަ ޙާލުގައި ޢިލްމުވެރިޔެއް ހުންނަ ހަނުހުރުމީ، ދުލުން އެއަށް ތާއީދުކުރުމާއި އެއްފަދައެވެ. ފަހެ އަޑުއަހައި ހަނުތިބީތީ، ﷲ ވަނީ ޔަހޫދީ ރާޙިބުން ކުށްވެރި ކުރައްވާފައެވެ:
▶️سَمَّٰعُونَ لِلۡكَذِبِ أَكَّٰلُونَ لِلسُّحۡتِۚ◀️”(އެއީ) ގިނަގިނައިން ދޮގުބަސްތައް އަހާމީހުންނެވެ. حرام މުދާ ގިނައިން ކާމީހުންނެވެ.“ [المائدة 42]
— އައްޠަރީފީ
~ ގަލަންދާނު 🖋