ޢިލްމު އަދި އެއަށް ލޯބިކުރާ ދަރިވަރުންނަށް Notes by, ibn Fahmī Dīdī عفا الله عنه Friends & family 🤖 Contact: @galandan_bot 🌐 English: @galandaan
➖➖⬆️ޘާބިތުވުން ⬆️➖➖
❞ އެއިން ހިދާޔަތާއި ޘާބިތުކަމަށް އެދި ތިބާގެ އިސް ތިރިކުރާށެވެ. (ޙަރާމުން ރައްކާތެރިކުރާށެވެ.) އެއީ ޙަރާމުގެ ތެރެޔަށް ތިބާގެ ފައި ކައްސާލަފާނޭކަމުގެ ބިރަށްޓަކައެވެ. އުރެދުންތަކަށް އިންޒާރުދެއްވައި ﷲ تعالى ވަޙީ ކުރެއްވިއެވެ:
﴿فَتَزِلَّ قَدَمٌ بَعْدَ ثُبُوْتِها﴾
”އެހެން ހަދައިފިނަމަ ކަލޭމެންގެ ފައިތިލަ (ސަލާމަތުގެ މައިދާނުގައި) ސާބިތުވެ ހުރުމަށްފަހު ހަލާކުގެތެރެއަށް ކަހާލައިގެން ހިނގައިދާނެއެވެ.“
އަދި ޢިލްމުގައި ހަރުދަނާކަމާއި ޘާބިތުކަން ލިބިފައިވާ (الرَّاسِخينَ) ޢިލްމުވެރިންގެ ދޫމަތީން ﷲ އެއިލާހުގެ އަޅުތަކުންނަށް އުނގަންނައިދެއްވަމުން ވަޙީކުރެއްވިއެވެ:
﴿رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا﴾
(އެބޭކަލުން ދަންނަވަތޭ) އޭ އަޅަމެންގެ رَبّ އެވެ! އިބައިލާހު އަޅަމެންނަށް ތެދުމަގު ދެއްކެވުމަށްފަހު އަޅަމެންގެ ހިތްތައް (ތެދުމަގާއި ދުރަށް) ނުލަންބަވާނދޭވެ!
(މިތާގައި މިއޮތް) ”ތެދުމަގު ދެއްކެވުމަށްފަހުގަޔޭ“ މިބަސްކޮޅަށް ނިކަން ފިކުރުކޮށްބަލާށެވެ.
ދެން، ޘާބިތުކަމަށްފަހު ފައި ކައްސާލުމާއިމެދު އަދި ހިދާޔަތަށްފަހު މުގުފުރެދުމާއިމެދު ވިސްނާށެވެ. އެއީ ޘާބިތުކާމައިއެކު ދެމިހުރުމުގެ އުނދަގޫ ކަމައި ނުބަޔަށް އެނބުރިވެއްޓުމުގެ ނުރައްކައުއޮތް ވަރު ދެނެގަތުމަށެވެ. އަދި އެކަމާއި ދެކޮޅަށް ވަރުގަދަޔަށް މަސައްކަތްކުރުމީ ކޮންމެހެންވެސް ލާޒިމުކަމެއް ކަމެވެ. އަދި އަހަރެމެން ޙަރާމާއި ގާތްވެގެން ނުވާނޭކަމެވެ. އެހެނީ ޙަރާމާއި ގާތްވެއްޖެ މީހާ ގާތީ އޭގައި ހޭކުމެވެ.
އަދި މިސަބަބަށްޓަކައި ނަބިއްޔު ﷺ ގިނައިން ދުޢާކުރައްވައެވެ:
«يَا مُقَلِّبَ القُلُوبِ، ثَبِّتْ قَلبِي عَلَى دِيْنِكَ»
”އޭ ހިތްތައް ފުރޮޅުއްވަވާ އިލާހެވެ! މިއަޅާގެ ހިތް އިބައިލާހުގެ ދީން މަތީ ޘާބިތުކޮށްދެއްވާނދޭވެ!“
— އައްޝެއިޚް އަލްމުޙައްދިޘް ޑރ. މާހިރް އަލްފަޙްލު (ބަސްކޮޅު)
~ ގަލަންދާނު 🖋
❔ Are Rāfiḍah Worse Than The Original Kuffār?
After mentioning some atrocities of Rāfiḍah in ʿ Irāq, Shaykh Sulaymān Al-ʿAlwān said:
❝ This is what the Rāfiḍah will do to you whenever they rule over you. They will rip open your bellies, violate your honor, and burn your bodies, and they will not have mercy on you. (In comparison) The Jews will have mercy on you, the Christians will have mercy on you. As for the Rāfiḍah, by Allah, the most hostile of people to the Sunnīs will not have mercy on you. As Al-Qaḥṭānī recited regarding them in (his poetry) Nūniyyah:
إن الروافض شر من وطئ الحصى *** من كل إنسٍ ناطقٍ أو جانٍ.(Al-Fatāwā Mutanawwiʿatun li Al-Shaykh Al-ʿAlwān)
Indeed, the Rawāfiḍ are the worst people who step on earth ***
From every speaking man or jinn
❝ Abū Bakr Al- Ṣiddīq رضي الله عنه was known for his knowledge and faith. The Prophet ﷺ even testified that he would enter Paradise!
(With that) he still used to recite in the last rakʿah of the Maghrib prayer, after Al-Fātiḥah:
﴿رَبَّنَا لَا تُزِغۡ قُلُوبَنَا بَعۡدَ إِذۡ هَدَيۡتَنَا وَهَبۡ لَنَا مِن لَّدُنكَ رَحۡمَةًۚ﴾
“Our Lord! Do not let our hearts deviate after you have guided us. Grant us Your mercy.”
For indeed, hearts are between the two fingers of the Most Merciful, and He turns them as He wills.
So beware! Beware! Of the deviation of hearts, the confusion of thoughts, and the changing of truths in minds!
This deviation results from the following:
• Lack of (righteous) work. (Inc. worship)
• Contempt for others.
• Disgracing others.
• Engaging in talks without action.
• Belittling others (their honor).
• Defaming others without justification.
• Mocking others.
• Abandoning support for the religion of Allah when one was able to do so.
• Collaborating with the oppressors against the reformers. Allah جل وعلا said:
﴿وَمَا كُنتُ مُتَّخِذَ ٱلۡمُضِلِّينَ عَضُدًا﴾.
“...nor would I [Allah] take the misleaders as helpers.” ❞
— Shaykh Sulaymān Al-ʿAlwān (text)
~ Galandān 🖋
⬆️ ހަމަކަށަވަރުން ޢިލްމަށް އެދި ދަހިވެތިވާ ބަޔަކަށް އެ ޙާޞިލްވުން ވެއެވެ.
①
އިބްނުލް ޤައްޔިމް (إعلام الموقعين 4/257) ވިދާޅުވިއެވެ:
[ ފަތުވާ ދޭ މީހެއް މައްޗަށް، އެމީހެއްގެ ނަފްސަށް ތަޥްފީޤަށް އެދި ގިނަގުނައިން ދުޢާއު ކުރުން ލާޒިމުވެގެން ވެއެވެ.]
61 ވަނަ ފައިދާ: މުފްތީއަކަށް އެކަށީގެން ވަނީ، ޞައްޙަ ޙަދީޘުގައިވާ މިދުޢާ ގައި ގިނަގުނަ ކުރުމެވެ: { اللَّهُمَّ رَبَّ جَبْرَائِيلَ وَمِيكَائِيلَ وَإِسْرَافِيلَ فَاطِرَ السَّمَوَاتِ وَالْأَرْضِ عَالِمَ الْغَيْبِ وَالشَّهَادَةِ أَنْتَ تَحْكُمُ بَيْنَ عِبَادِكَ فِيمَا كَانُوا فِيهِ يَخْتَلِفُونَ ، اهْدِنِي لِمَا اُخْتُلِفَ فِيهِ مِنْ الْحَقِّ بِإِذْنِكَ ، إنَّكَ تَهْدِي مَنْ تَشَاءُ إلَى صِرَاطٍ مُسْتَقِيمٍ } ⁽¹⁾
އަދި އަހަރެމެންގެ ޝައިޚު (އެބަހީ: އިބްނު ތައިމިއްޔާ) އެކަމުގައި ގިނަގުނައިން ދުޢާއު ކުރައްވަތެވެ. އަދި މަސްއަލަތަކެއްގައި (ޙައްޤު ދެނެގަތުމަށް) އުދާގޫވެއްޖެ ނަމަ ވިދާޅުވެތެވެ: " يَا مُعَلِّمَ إبْرَاهِيمَ عَلِّمْنِي " (އޭ އިބްރާހީމްގެފާނުގެ ފާނަށް އުނގަންނައިދެއްވި ފަރާތެވެ. އަޅާއަށް އުނގަންނައިދެއްވާށިއެވެ.) އަދި އެއިން (އެބަހީ: ދުޢާއިން) ވާގިހޯއްދެވުމުގައި ގިނަގުނަ ކުރައްވައެވެ. އެއީ އެކަމުގައި މުޢާޛު ބުނު ޖަބަލަށް ތަބައުވެލައްވައެވެ. رَضِيَ اللَّهُ عَنْهُ. އެކަލޭގެފާނު މާލިކު ބުނު ޔަޚާމިރުއް ސަކްސަކީ އަރިހު، މަރު މަތީގައި ވިދާޅުވި ބަސްފުޅަށެވެ. (މާލިކު) ކީރިތި ކުރެއްވުމުގައި ދެކިވަޑައިގެންނެވައެވެ. (މާލިކު) ވިދާޅުވިއެވެ: ”ﷲ ގަންދީއެވެ. ކަލޭގެފާނު ނެތި އަހުރެންނަށް ދުނިޔޭން ލިބޭނޭ ގެއްލުމަކަށް އަހަރެންނެއް ކަރުނަ ނާޅަމެވެ. އެހެނަސް އަހަރެން މިކަރުނަ އަޅަނީ ކަލޭގެފާނު އަހަރެންނަށް އުނގަންނަވައިދެއްވި ޢިލްމާއި އީމާނަށެވެ.“ އެހެންކަމުން މުޢާޛު ބުނު ޖަބަލު رَضِيَ اللَّهُ عَنْهُ ވިދާޅުވިއެވެ: ”ހަމަކަށަވަރުން ޢިލްމާއި އީމާން ވަނީ އޭގެ ޖަގަހައިގައެވެ. އެއަށް އެދި ދަހިވެތިވާ ބަޔަކަށް އެ ޙާޞިލްވާނެތެވެ. ތިބާ ޢިލްމު ހަތަރު މީހެއް ފުށުން ހޯދާށެވެ: ޢުވައިމިރު އަބުއްދަރްދާއު އަރިހުންނާއި، ޢަބްދު ﷲ ބުނު މަސްޢޫދު އަރިހުންނާއި އަބޫ މޫސާ އަލްއަޝްޢަރީ އަރިހުންނެވެ — އަދި ހަތަރުވަނަ ބޭކަލެއްވެސް ވިދާޅުވިއެވެ — ފަހެ އެބޭކަލުން އެއަށް ނުކުޅެދިއްޖެނަމަ، ބިންމަތީ ވާހައި ބައެއް ވަނީ އެއަކަށް ނުކުޅެދިފައެވެ. ވީމާ ތިބާއަށް ވަނީ އިބްރާހީމްގެފާނަށް އުނގަންނަވައިދެއްވި⁽²⁾ ފަރާތެވެ.“ اهـ. — މިހިސާބަށް އިބްނުލް ޤައްޔިމް ގެ ބަސްކޮޅު.
އިބްނު ޢަބްދުލް ހާދީ (الكواكب الدرية 1/42) ގައި ވިދާޅުވިއެވެ: ”އަދި އެކަލޭގެފާނު (އިބްނު ތައިމިއްޔާ) رحمه الله ވިފާޅުވިއެވެ: ”ފަހަރެއްގައި އެއް އާޔަތުގެ މައްޗަށް އަހަރެން ސަތޭކަ ތަފްސީރު ކިޔަމެވެ. ދެން ﷲ ޙަޟުރަތުން ފަހުމަށް އެދެމުއެވެ. އަދި ދުޢާ ކުރަމުއެވެ: يَا مُعَلِّمَ إبْرَاهِيمَ عَلِّمْنِي. އަދި އަރައިފައިބާ ނޫޅޭ (ދުވަސްވީ) މިސްކިތްތަކަށް އަހަރެން ގޮސް، އަހަރެންގެ މޫނު މަށީގައި ހާކައި (އެބަހީ: ސަޖިދަކޮށް) ﷲ ޙަޟުރަތުން އެދި ދަންނަވަމުއެވެ. އަދި ދުޢާ ކުރަމުއެވެ: يَا مُعَلِّمَ إبْرَاهِيمَ فَهِّمْنِي (އޭ އިބްރާހީމްގެފާނަށް އުނގަންނައިދެއްވި ފަރާތެވެ. އަޅާއަށް ފަހުމްކޮށްދެއްވާށިއެވެ.)“⁽³⁾ އަދި މުޢާޛު ބުނު ޖަބަލު ގެ ހާދިޘާ ޛިކުރު ކުރައްވައެވެ. އެކަލޭގެފާނުގެ މަރުގެ ވަޤުތު މާލިކު ބުނު ޔުޚާމިރު ކީރިތި ކުރެއްވި ހިނދު ވިދާޅުވި ވިދާޅުވުމެވެ...“ اهـ. (އިބްނު ޢަބްދުލް ހާދީ ގެ ބަސްކޮޅު މިހިސާބަށް.)
~ ގަލަންދާނު
ـــــــــــــــــــ
[1] މިދުޢާގެ މާނަ: (ޔާ ﷲ! ޖިބްރީލާއި މީކާއީލާއި އިސްރާފީލްގެ ވެރި ރައްބެވެ. އިސްވެދިޔަ މިޘާލަކާ ނުލާ އުޑުތަކާއި ބިންތައް ހެއްދެވި އިލާހެވެ. ޣައިބުގައިވާ ކަންތަކާއި ފެންނަކަންތައް ދެނެވޮޑިގެންވާ އިލާހެވެ. އިބަ އިލާހުގެ އަޅުތަކުންގެ މެދުގައި އެބައިމީހުން ޚިލާފުވެގެން އުޅުނު ކަންތަކުގެ މައްޗަށް ނިޔާކުރައްވާނީ އިބަ އިލާހެވެ. އިބަ އިލާހުގެ އިޛުނަފުޅާއެކު އެބައިމީހުން އެ ޚިލާފުވި ކަންތަކުގެ ތެރެއިން ޙައްޤުގޮތަށް ހިދާޔަތު ދައްކަވާނދޭވެ. އިބަ އިލާއީ ހަމަކަށަވަރުން އިބައިލާހު އިރާދަކުރައްވައިފި އަޅަކަށް ސީދާވެގެންވާ ތެދުމަގަށް މަގުދައްކަވާ އިލާހެވެ.)
[2] އިބްރާހީމްގެފާނު ވިދާޅުވިއެވެ: { يَا أَبَتِ إِنِّي قَدْ جَاءَنِي مِنَ الْعِلْمِ } ”އޭ ބައްޕާއެވެ! علم ގެ ތެރެއިން، ބައްޕައަށް އައިސްފައިނުވާ علم، ތިމަންނާއަށް ހަމަކަށަވަރުން، އައިސްފައިވެއެވެ.“ [مريم:43]
[3] ބައެއް ފޮތްތަކުގައި ނަޤުލުވެފައިވަނީ (يا مفهم سليمان فهمني) މިހެންނެވެ. ﷲ ވަޙީ ކުރެއްވިއެވެ: { فَفَهَّمْنَاهَا سُلَيْمَانَ } ”ފަހެ ތިމަންރަސްކަލާނގެ ސުލައިމާނުގެފާނަށް އެ (ޙުކުމް) ފަހުމް ކޮށް ދެއްވީމެވެ.“ [الأنبياء:79]
ކުރަން ފާޅު ޝަޥްޤެއް މަގޭ ލޭގަވާ
އެއީ އެންމެ މޮޅުއިތުރު ޚަލްޤަށްޓަކައި
ތަކެއް ރަމުޒު އެވެރިން ނަގާނަމަ ފަޚުރް
އަޅަމެންނަށް ވަނީ އެންމެ މާތްބޭކަލޭ 2x
ފަހެކިތައް ފިކުރުތޯއޭ މަގޭ ޙައްޤުގައި
ކިތައް ވޭންހެ އުފުލީ އަޅަމެންނަށްޓަކާ
ނަމައޭ ކާއިނާތް ހަނި ތިބާ އަށްޓަކައި
ކުރޭ ދެން ޞޮލާތު މުސްތަފާ ހާޝިމީ 2x
"صَلَّى عَلَيْكَ اللهُ مَا لَفَظَ الوَرَى
حَرفًا مِنَ الأذكَارِ والقُرآنِ". ﷺ ♥️
~ ގަލަންދާނު
⑦
އިބްނުލް ޤައްޔިމް ވިދާޅުވިއެވެ: ”އޭގެ ވެރިފަރާތާއި ގެންގުޅޭ މީހާގެ ހަމައެކަނި ބަހުގެ މައްޗަށް، އެއްގަމު މަހާއި ކާތަކެއްޗާއި އަންނައުނު އަދި އެނޫން ތަކެތި ގަންނަމީހާ، އެޙަލާލު ވުމުގެ ސަބަބުތަކާއިމެދު ސުވާލެއް ނުކޮށް ގަތުމުގެ ހުއްދަޔާއިމެދު ޢިލްމުވެރިން އިޖުމާޢުވެލައްވާފައިވެއެވެ.“
އަދި ވިދާޅުވިއެވެ: ”މިއީ ދަލީލެއް ނެތި ﷲ އާއި ރަސޫލާގެއަޙްކާމުތަކުން ޙުކުމެއްގައި ތަޤްލީދު ކުރުން ކަމުގައި (ހީކޮށްފި މީހާ ދަންނައެ!) މިއީ ތަޤްލީދު ކުރުމެއް ނޫނެވެ. އެހެނަސް މިއީ މަސް ކަތިލާމީހާ އާއި ވިޔަފާރިވެރިޔާގެ ޤަޥްލު ޤަބޫލު ކޮށް އެވަރުން ފުއްދައިލުމެވެ. އަދި މިކަން އަންނަނީ ﷲ އާއި ރަސޫލާގެ އަމުރަށް ތަބަޢަވުމާއި ބޯލެނބުމުގެ ދަށުންނެވެ. އެއީ އެ މަސް ކަތިލާ މީހަކީ އަދި ވިޔަފާރިވެރިޔަކީ ޔަހޫދީއެއް ނޫނީ ނަޞާރާއެއް ނޫނީ ފާޖިރެއްވިޔަސް އެވެ. އޭނާގެ ބަހުން އެކަމުގައި އަހަރެމެން ފުދިގަންނަމެވެ. އަދި ޙަލާލު ވުމުގެ ސަބަބުތަކާއި މެދު އަހަރެމެން ސުވާލެއް ނުކުރަމެވެ. (އެބަހީ: ތިބުނާ ބަހުގެ ހެއްކަކީ ކޮބައިހޭ، މިކަތިލީ ވައިނޮޅިމަތިން ކަރުން ހެއްޔޭ، ކަރަންޓު ޖެއްސިންހޭ، ބިސްމި ކީންހޭ ނުވަތަ މިޒާތުގެ އޭތި ޙަކާލު ވުމުގެ ސަބަބެއް އަހަރެމެން ނާހަމެވެ.) އެއީ ޢާއިޝަތުގެފާނު ވިދާޅުވިފަދައިންނެވެ: ”އޭ ﷲ ގެ ރަސޫލާއެވެ! ބަޔަކު މީހުން އަހަރެމެންނަށް އެއްގަމު މަސްތަކެއް ގެނެސްފިއެވެ. އެވެރިން ﷲ ގެ އިސްމުފުޅު ނަން ގަތް ކަމެއް ނުގަންނަ ކަމެއް އަހަރެމެންނަށް ނޭނގެއެވެ.“ އެހެންކަމުން ޙަދީޘް ކުރެއްވިއެވެ: «سموا أنتم وكلوا» (ތިޔަބައިމީހުން ބިސްމި ކިޔައި އަދި އެކާށެވެ.) — اهـ. (އިބްނުލް ޤައްޔިމް މި ނުކުތާ ގެންނެވީ ތަޤްލީދު ކުރުމާއި ނުކުރުމުގެ ޑަޔަލޮޤުގައި ވާހަކަ ދައްކަވަމުން، އެއީ إعلام الموقعين عن رب العالمين 2/181 ގައި.)
⚠️ ނޯޓް: ބިސްމީގެ ޙުކުމާއިމެދު ޚިލާފުވެއެވެ. އައްޝާފިޢީ އަދި ބައިގަނޑެއް ވިދާޅުވީ އެއަމުރުގެ މުރާދަކީ ﷲ ގެ ނަންފުޅު ގަތަސް ނުގަތަސް އެހެން ފަރާތެއްގެނަން ނުގަތުން ކަމުގައެވެ. ވީމާ ޝާފިޢީންނާ މާލިކީންގެ ބަޔަކާ އަޙުމަދު އަރިހުންވާ އެއްރިވާޔަތުން، އެއީ ޝަރުޠެއް ނޫން ކަމުގައިވެއެވެ. ކޮންމެއަކަސް އަޞްލަކީ، ގަސްތުގައި ނުކިޔާކަން ނޫނީއެނޫން ފަރާތެއްގެ ނަން ކިޔާކަން ޘާބިތުނުވާޙާލު ޙަލާލުކަން ދެމިއޮތުމެވެ. ހަމަ އެފަދައިން އެބައެއްގެފުށުން ޛަބަޙަ ޙަލާލުވާ މީސްތަކުން ފުށުން، ލިބޭ އެއްގަމުމަހުގެ އަޞްލަކީ އެއީ ޝަރުޢީ ގޮތުން ޙަލާލު ކަމަށް ބެލުމެވެ. އެހެނީ އަޞްލަކީ ޙަޤީޤަތް ނޭގޭ ހިނދު އޭގައި ހެޔޮކޮށް ދެކުމެވެ.
⑤
🔴ނޭގުމުން ތަކްލީފު ވެއްޓުމުގެ އުޞޫލު
އެބަހީ: އަހުލުކިތާބީން ބައިބޯ ތަނެއްގެ ތެރެއިން، އެމީހުން ކަތިލުމުގައި ޢާންމުކޮށް ޙަރާމް ގޮތެއް އެކުލެވޭތޯ ނޫންތޯ ނޭނގޭނަމަ، އަޞްލަކީ އެހޯދުން ތަކްލީފު ވެއްޓިގެން ދިޔުމެވެ. އަދި ޙަރާމްކަމެއް އެކުލެވޭ ކަމަށް ދަލީލު އައުމާއި ހަމައަށް އޭގެ އަޞްލު ޙަލާލު ގޮތުގައި ދެމިއޮތުމެވެ.
އަބޫ ސަލްމާން އައްޞޫމާލީ ވިދާޅުވިއެވެ: ”ތިންވަނަ އަޞްލު: ޝަރުޠެއް މައްޗަށް ބުރަވުމަށް ދަތިވެއްޖެނަމަ، ނުވަތަ އެޙާޞިލު ކުރުން ނުކުޅަދާނަ ނަމަ، ނުވަތަ އެދެނެގަނެވުންވަނީ ދަތިއުދަގޫތަކެއް ބުރަމަސައްކަތަކުން ނަމަ، އޭގެ މައްޗަށް ބުރަވުން އުވިދެއެވެ. އަދި އެއަށް ބެލުމެއް ނުވެއެވެ.
ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ: ”ފަހެ ﷲ ވަނީ އެއުރެން ޝަރުޢީ މިންގަނޑާއި އެއްގޮތަށް ކަތިނުލާފާނޭ ކަމުގެ ފުރުސަތެއް އޮތުމާއި އެކުވެސް، ނުވަތަ ﷲ ނޫން ފަރާތެއްގެ ނަން ގަނެގެން އެކަތިލާފާނޭ ކަމުގެ ފުރުސަތު އޮތުމާއި އެކުވެސް، އަހުލު ކިތާބީންގެ ކާނާ އަހަރެމެންނަށް ހުއްދަ ކުރައްވާފައެވެ. އަދި އެއުރެން ﷲ ނޫން ފަރާތެއްގެ ނަން ގަނެއްޖެކަން އަހަރެމެންނަށް އެނގިއްޖެ ޙާލަތުގައި، ޢިލްމުވެރިންގެ ދެނަޒަރުން ކުރެ ޞައްޙަކަން ބޮޑު ބަސްފުޅުގެ މަތީން، އެ އަހަރެމެންނަށް ޙަރާމެވެ. (އެބަހީ ޙަރާމުކަން ސީދާ ނޭނގޭހާ ހިނދަކު އަހުލުކިތާބީންގެ އެއްގަމުމަހުގެ އަޞްލަކީ ޙަލާލެވެ. އެނގިއްޖެނަމަވެސް ޚިލާފުއޮވެ، ރަޖިޙުއީ ޙަރާމް ކަމެވެ.) އަަދި ޢާއިޝަތުގެފާނުގެ ޙަދީޘުން އައްޞަޙީޙުގައި ޘާބިތުވެގެން ވެއޭ: ނަބިއްޔު ﷺ އާއި ސުވާލުދެންނެވުނޭ ބަޔަކުމީހުން ގެނެސްފައިވާ އެޔަކަށް ބިސްމި ކީ ކަމެއް ނުކިޔާ ކަމެއް އެއްގަމު މަހަކާއިމެދު، އެހެންކަމުން ޙަދީޘް ކުރެއްވިޔޭ: «سموا أنتم وكلوا» (ތިޔަބައިމީހުން ބިސްމި ކިޔައި އެކާށެވެ.) (އިބްނު ތައިމިއްޔާގެ މުރާދަކީ އެބަޔެއްގެ އެއްގަމުމަސް ކެއުން ހުއްދަ ބަޔެއްގެ މަހުގެ އަޞްލަކީ ހުއްދަޔޭ އެޙަރާމް ކަން އެނގުމާއި ހަމައަށޭ އެވެ.)
އިބްނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ: ”ދެންފަހެ އެވެރިންގެ (އެބަހީ: އަހުލުކިތާބީންގެ އެއްގަމު މަސް ކެއުމާއި މެދު މުޅި އުއްމަތައި ދެކޮޅުވީ ޝިޔަޢީންގެ) ޤަޥްލު: ބިސްމި ކީކަމެއް ނުކިޔާކަމެއް ނޭނގެޔޭ — ފަހެ މިކަމަކީ ޙަރާމްވުން ދަލީލު ކޮށްދޭ އެއްޗެއް ނޫނެވެ! އެހެނީ ޝަރުޠަކާއިމެދު ، މަޢުލޫމާތު ދެނެގަތުން ދަތިއުނދަގޫވާ ކޮންމެ ހިނދަކު، އަދި އޭގައި ބޮޑުސިންގާ އުދަގުލެއް ވާނަމަ: އެކަން ދަނެގަތުމުގެ ބުރަ އުވިގެން ދެއެވެ. އެއީ މުސްލިމުން ކަތިލާ ތަކެތީގައި ފަދައިންނެވެ. (އެބަހީ؛ އޭގެ ޙަޤީގަތް، ސީދާ ބިސްމި ކީތޯ ސީދާ ކަތިލީ ޞައްޙަކޮށްތޯ ، އަނިޔާ ނުކުރޭ ތޯ އަދި މިޒާތުގެ މަޢުލޫމާތު އެނގުން ޝަރުޠު ނުވެއެވެ.) އެހެނީ ހަމަކަށަވަރުން އޭގައި ޝަރުޠަކީ ބިސްމި ކިޔުމެވެ. އެހެނަސް އެކަން ކުރިކަމުގެ މައްޗަށް މަޢުލޫމާތު ދެނެގަނެވުމުގެ މައްޗަށް ބުރަވުމެއް ނުވެއެވެ. އަދި ނަބިއްޔު ﷺ އަރިހުން ޘާބިތުވެގެންވާ ފަދައިން، އެކަލޭގެފާނަށް ދެންނެވުނޭ: ”ބަޔަކު މީހުން އަހަރެމެންނަށް އެއްގަމު މަސްތަކެއް ގެނެސްފިޔޭ، އަހަރެމެންނަށް ނޭނގެޔޭ އެވެރިން ﷲގެ އިސްމުފުޅު ގަތްކަމެއް ނޫނީ ނުގަންނަ ކަމެއް؟ އެހެންކަމުން ޙަދީޘް ކުރެއްވިޔޭ: "«سموا أنتم وكلوا» (ތިޔަބައިމީހުން ބިސްމި ކިޔައި އަދި އެކާށެވެ.)
އަދިވެސް (އިބްނުލް ޤައްޔިމް) ވިދާޅުވިޔޭ: ”ހަމަކަށަވަރުން ޝަރުތަކަށް ، ބުރަވުން އުދަގޫވެއްޖެ ކޮންމެ ހިނދެއްގައި، ނުވަތަ އެކަމެއްގެ އަޞްލަކީ މަނަޢުވާކަމެއް ނެތުން ކަމުގައިވާނަމަ (އަދި އެ ދަނެގަތުން އުދަގޫނަމަ) : އެކަމަށް ބެލުމެއް ނުވެއެވެ. ފުރަތަމަ ކަމަކީ: އެއްގަމު މަސްކަތިލި މީހާ ބިސްމި ކީތޯ ނޫންތޯ އެނގޭންނެތް މަހަކާއިގެން އަންނަ މީހާގެ ޙާލަތު ފަދައިން، އަދި ކަތިލީ ނޭވާހޮޅިމަތިން ކަރުންތޯ އަދި ކަތިލުމުގެ ޝަރުޠުތައް އޭނާ ހަމަކުރިތޯ ނޫންތޯ ނޭނގޭޙާލު، އެކެއުން ޙާރާމް ވެގެން ނުވެއެވެ. މިކަންކަން ބަލައިހޯދުމުގެ ދަތިއުދަގުލުގެ ސަބަބުންނެވެ. އަދި ޢާއިޝަތުގެ ފާނު ވިދާޅުވިޔޭ: ”އޭ ﷲ ގެ ރަސޫލާއެވެ! އަޢުރާބީންގެ ތެރެއިން ބަޔަކު މީހުން އަހަރެމެންނަށް އެއްގަމު މަސްތަކެއް ގެނެސްފިއެވެ. އެއީރެން ﷲ ގެ އިސްމުފުޅު ނަން ގަތް ކަމެއް ނުގަންނަ ކަމެއް އަހަރެމެންނަށް ނޭނގެއެވެ.“ އެހެންކަމުން ޙަދީޘް ކުރެއްވިއެވެ: «سموا أنتم وكلوا» (ތިޔަބައިމީހުން ބިސްމި ކިޔައި އަދި އެކާށެވެ.) މިއީ ﷲ ގެ އިސްމުފުޅު ނުގަންނަ އެއްޗެއް ކެއުން ނަހީ ވެފައިވާ ހިނދުގައިވެސް މެއެވެ.“
އަދި މި ޤަވާޢިދާއި މެދު އިބްނުލް ވަޒީރު އަލްޔަމާނީ ވިދާޅުވިއެވެ: ”ޖުމްލަގޮތެއްގައި އަހަރެމެންނަށް މިއެނގުނީ: ﷲ تعالى ޙައްދުތައް ޤާއިމު ކުރުމަށް އިރާދައެއް ނުކުރައްވަޔޭ އެހެނަސް އުރެދުންތެރިން ފާފަތަކުން ދުރުކުރެވުމަށް މެނުވީއެވެ. އަދި އެއިލާހު ޖިހާދު އިރާދަ ނުކުރައްވަޔޭ އެހެނަސް އިސްލާމީ ގޮބޮޅިގަނޑު ރައްކައުތެރިކުރުމަށާއި އެއާއި ޢަދާވާތްތެރި ވެފައިވާ މުޖުރިމުންގެ މީސްތަކުން ހިފެހެއްޓުމަށް މެނުވީއެވެ.
③
⚠️ މިމައްސަލަޔާއި ގުޅުން ހުރި ބަޔެއް ޤަވާޢިދުތައް:
🔴އަޅައިކިޔުމުގެ އުޞޫލު
އެތަނެއްގައި ޙަރާމް ގެ ޝުބުހު ހަލާލުގެ ޝުބުހާއި އަޅައި ކިޔުމުގެ އުޞޫލެވެ. މި އުޞޫލުގެ ދަށުން، މިޘާލަކަށް އެޞަރަހައްދެއްގައި ޙަރާމް ކޮށް ހުންނަ މަސް، މިސާލަކަށް ސީދާ މުރުތައްދުން ކަތިލާތަކެތި ހުރެފައި، އެވެރިންގެ އަދަދަކީ ނިސްބަތުން ކުޑަ އެއްޗެއް ކަމުގައި ވެފައި، ދެން ގޮތްނޭނގޭ މަހެއް އެސަރަހައްދުން ލިބިއްޖެ ނަމަ : އޭގެ އަޞްލަކީ ހަލާލުކަމެވެ. ޙަރާމް ކަން ސާފުކޮށް އެނގުމާއި ހަމައަށެވެ.
ޝެއިޚް ޢަބްދުލް ޤާދިރު އިބްނު ޢަބްދުލް ޢަޒީޒް ވިދާޅުވިއެވެ: އެކަތިލި މީހާގެ ޙާލު ނޭނގިގެންވާނަމަ، (އެބަހީ: އެމަސް ކަތިލިމީހަކީ ބޭރުފުށަށް މުސްލިމެއްކަން ނޫނީ ކާފަރެއްކަން ނޫނީ އަހުލުކިތާބީއެއްކަން ނޫނީ މުޝްރިކެއްކަންވެސް ނޭނގޭ ނަމަ) މައިގަނޑު ސުވާލު ދައުރުވަނީ މިނުކުތާގައެވެ: އެކަންތަކީ ދާރުލް އިސްލާމްގެ ތެރޭގައި ނަމަ، ޢިލްމުވެރިން ވަނީ އޭގެ ޙަލާލުކަމާއި މެދު ސުވާލުނުކޮށް އެއްގަމުމަސް ގަތުމުގެ މައްޗަށް އިޖުމާޢުވެލައްވާފައެވެ. އެއީ އެއްގަމުމަހުގެ އަޞްލަކީ ޙަރާމްވެގެން ވުން ކަމުގައި ވުމާއި އެކުގައެވެ.⁽¹⁾ އެހެންވިޔަސް، ފާޅުވެގެންވާ އެއްޗަކީ މުސްލިމުތަކުން ޙަލާލު ނޫން އެއްޗެއް އެވެރިންގެ ބާޒާރުތަކަކު ނުނެރޭނޭކަމެވެ. އަދި އެވެރިންގެ ޙާލަތް ބެލެވުން ވަނީ ޞައްޙަ އަދި ސަލާމަތުގައިވާ ކަމުގައެވެ.
އެހެންކަމުން މި ފާޅުވެގެންވާ ކަންތައް (އެބަހީ އެތަކެތި ޙަލާލުވެގެންވާކަން)، (އެއްގަމުމަހުގެ) އަޞްލުގެ މައްޗަށް (އެބަހީ: ޙަލާލުކަން އެނގެންދެން ޙަރާމް ވުމުގެ ޙުކުމުގެ މައްޗަށް) އިސްކުރެވެއެވެ. އަދި މިނުކުތާއިން ދެން އެބޭކަލުން ޢިޖުމާޢުވެލެއްވީ، ދާރުލް އިސްލާމްގައި އޭގެ ޙަލާލު ކަމުގެ މައްޗަށް ސުވާލެއް ނުކުރެވި އެއްގަމުމަސް ގަތުމުގެ މައްޗަށެވެ. އެއީ شرح الإقناع ގައި ޝެއިޚް މަންޞޫރުލް ބުހޫތީ މިހެންވެސް ވިދާޅުވުމާއި ހަމަޔަށެވެ:
”އަދި (ކުންޏަށް) އުކާލެވިފައިވާ ކަތިލެވޭ އެއްޗެހިވެސް ޙަލާލެވެ. އެބަހީ އެތަނެއްގެ އަހުލުން ގެ ތެރެއިން ގިނަމީހުންނަކީ އެބައެއްގެ ޛަބީޙާ (ކަތިލުންތައް) ޙަލާލު ބައެއްކަމުގައިވާ ތަންތާގައެވެ. އެއީ އެވަކި އެތީގައި އެކަތިލި މީހާ ބިސްމި ކީކަމުގައި ނޭގުނަސް އެވެ. އެހެނީ ކަތިލެވޭ ކޮންމެ އެއްޗެއް ބެލުމީ މުސްތަޙީލު (އެކަންކުރުން ނުކުޅަދާނަ) ކަމެކެވެ. އަދި (އޭގެއިތުރުން) އެއީ، ބޭރުފުށަށް ފާޅުވާންެއޮތް ޙާލަތަށް ޢަމަލުކުރުމަށްޓަކައެވެ. (كشاف القناع) 6/212.
ދެންފަހެ އަހަރެމެން މިވާހަކަ ދައްކާ ބިންތައް (އެބަހީ: އީރާން ފަދަ މުސްލިމުންނާއި މުރުތައްދުން މަސްހުނިކޮށް ހުރި ބިންތައް، ނޫނީ ސެކިއުަލަރިސްޓުންނާއި އަހުލުކިތާބީން މަސްހުނިކޮށް ހުރި ސަރަހައްދުތައް) ، އަދި އެތަނެއްގެ ބަޔެއް މަސް ކަތިލާ ފަރާތް ތަކީ މުރުތައްދުންކަމަށް ނިންމޭ ތަންތަން، ދަންނައެ: މިތަންތަނުގައި ޙަލާލުވުމާއި ޙަރާމް ވުން ބިނާވަނީ، އެކަމުގެ ޝުބުހުގެ ވަރުގަދަކަމާއި ބަލިކަމުގެ މައްޗަށެވެ:
ވީމާ، އެވަކި ސަރަހައްދެއްގައި މުރުތައްދުންގެ އަދަދު ވަރަށް ގިނަނަމަ، ޙާލަތް ނޭނގި ހުންނަ އެއްގަމުމަހުގެ މައްޗަށް އޮތް ޝުބުހު ވަރަށް ބޮޑެވެ. އެހެންކަމުން މިޙާލުގައި ޙަރާމް ވުމުގެ ޙުކުމް އިސްވެއެވެ. ވީމާ އެސަރަޙައްދުން (ޙާލަތްނޭނގި) މަސްގަތުމެއް ނުވެއެވެ.
އަދި ވަކި ސަރަހައްދެއްގައި މުރުތައްދުންގެ އަދަދު މަދުނަމަ، ދެން ޙާލަތް ޔަޤީންނުވާ މަހުގެ މައްޗަށް އޮތް ޝުބުހު (ޝައްކު) ބަލިކަށި ކުރުވައެވެ. އެހެނީ މުޅަމަހާއި އެއްފަދަ މުރުތައްދުން ކަތިލާ މަސް މިވަނީ އަދަދު ނުކުރެވޭވަރު (ގިނަ) ޙަލާލު އެއްގަމު މަސްތަކަކާއި މަސްހުނިވެފައެވެ. ވީމާ އެގަތުން ހުއްދައެވެ.
އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ: ”އަދަދު ނުވާ ވަރުގެ ހަލާލަކާއި އެކު ޙަރާމެއް މަސްހުނިވެއްޖެނަމަ: މިޘާލަކަށް މިވެނި ރަށެއްގެ މީހުންނާއި އެކު އޭނާ އާއި (ކައިވެނި ޙަރާމް) އުޚްތެއް މަސްހުނިވެފައި ހުރުން، ނުވަތަ މުޅަމަހެއް ނޫނީ ފޭރިގެން ނެގި މުދަލެއް އެރަށެއްގެ ރައްޔިތުން (ވިއްކަން ހުރި ތަކެއްޗާ) މަސްހުނިވެފައި ވުން، ފަހެ މީގެން އެރަށުގައިވާ ތަކެތި އޭނާއަށް ޙަރާމް ވެގެންނެއް ނުދެއެވެ. (އެބަހީ: އެރަށުން އަންހެނުންނާއި ކައިވެނި ކުރުމާއި އެއްގަމު މަސް ނުވަތަ ތަކެތި ގަތުން އޭނާއަށް ޙަރާމް ނުވެއެވެ. އެއީ މިޘާލަކަށް ކާކުކަން ނޭނގޭ އޭނާގެ އުޚްތެއް އެރަށުގެ އަންހެނުންތަކާއި މަސްހުނިވެފައި ހުއްޓެއް ކަމަކުއެވެ.) އެއީ އޭނާގެ އުޚްތެއް އެންމެ ހިލޭ އަންހެނަކާއި ނޫނީ ޙަލާލު މަހަކާއި އެންމެ މުޅަމަހަކާއި އެއްވެފައި އޮތް ޙާލަތުގައި އެކަން ޙަރާމް ވެގެންވުމާއި ޚިލާފަށެވެ. ފަހެ އިހުބުނެނު މަސްހުނީގައި (އެބަހީ އަދަދު ނޭގޭ އެއްޗަކާއި މަސްހުނިވެފައިވާ ޙާލަތުގައި) ޙާލަތް ނޭނގޭ އެއްގަމުމަސް ޙަރާމް ވުމެއް ނުވެއެވެ.“ (مجموع الفتاوى 21/532)
ـــــــــــــــ
[1] އަޞްލަކީ ޙަރާމޭ: މިއީ جامع العلوم والحِـكـَم (ޞ. 60) ގައި ابن رجب ވިދާޅުވެފައިވާ ފަދައިން. އަދި المغني مع الشرح الكبير 4/308 ގައި ވާފަދައިން)
①
💠 އެއްގަމު މަހުގެ ޙާލަތް ތަކާއި އެތަކެތީގެ ޙުކުމް ދެނެގަތުމަށް ބޭނުންވާ މުޙިއްމު ބައެއް އުޞޫލުތަކުގެ ޚުލާޞާ
☪☪☪☪☪☪
ބޭރު ޤައުމުތަކުން އެތެރެ ކުރެވޭ އެއްގަމު މަސް އެތެރެކުރެވޭ ބިންތައް 3 ބަޔަކަށް ބެހެވެއެވެ. އެއީ (1) މުޝްރިކުންގެ ބިންތަކާއި، (2) އަހުލުކިތާބީންގެ ބިންތަކާއި (3) އިސްލާމް ކަމަށް ނިސްބަތްވާ ދާރުލް ކުފްރުއް ތާރިއު ގެ ބިންތަކެވެ. އެބިންތަކުން އެތެރެކުރެވޭ މަހުގެ މައްޗަށްވާ ޙުކުމުގެ ތަފްޞީލަކީ:
1️⃣ މުޝްރިކުންގެ ބިންތައް
(އިންޑިއާ، ޗައިނާ ފަދަ). މިތަކެތީގެ އަޞްލަކީ ޙަރާމް ވެގެންވުމެވެ. އެހެނީ މުޝްރިކުން ކަތިލާތަކެތި ޙަލާލުވެގެން ނުވެއެވެ. ވީމާ އެ އެއްގަމު މަހެއް އައީ އެޤައުމުގައި އުޅޭ އަހުލު ކިތާބީން އަތުންކަން، ނޫނީ މުސްލިމުން ގެ ފުށުންކަން އެނގުމާއި ހަމަޔަށް އެތަނުން އަންނަ ތަކެތީގެ ޢާންމު ޙުކުމަކީ ޙަރާމެވެ. ޢާންމު ގޮތެއްގައި މިކަން ދެނެގަނެވެނީ ޙަލާލު މަރުކާއިންނެވެ. ކުރިޔަށް އޭގެ ތަފްޞީލު އަންނާނެއެވެ.
2️⃣ އަހުލު ކިތާބީންގެ ބިންތައް
(ޔަހޫދީންނާއި ނަޞާރާއިން ބައިބޯ ރަށްތައް ހިމެނެނީ މިބާބު ދަށުންނެވެ.) މިބައި ބެހެނީ ދެބަޔަކަށެވެ:
▫️(ހ)▫️
އެމަސް އައިސްފައިވާ އަހުލުކިތާބީންގެ ޤައުމަކުންކަން އެނގޭ އެހެނަސް ސީދާ ކޮންބަޔެއް ނޫނީ ކާކު ކަތިލިއެއްޗެއްކަން ނޭނގުން
ޢާންމު އުޞޫލަކީ މިތަކެތި ކެއުން ހުއްދަ ކަމެވެ. އޭގެ ދަލީލަކީ:
ރޮއްޓާއި ކަންބަޅި ތެލުގެ ޖާފަތަކަށް ޔަހޫދީއެއް ރަސޫލު ﷺ ދަޢުވަތުދެއްވައި ޢިޖާބަދެއްވިކަމަށް އިމާމް އަޙްމަދު ރިވާކުރެއްވި ރިވާޔަތާއި ، ދެ ޞަޙީޙު ގައި ވާރިދުވެފައިވާ ޔަހޫދީ އަންހެނެއް ޒަހަރުލާފައި ދިން ކަންބަޅިބަކަރި ފަޔެއް ފަރިއްކުޅެއްވި ވާހަކައާއި، ޚައިބަރުގައި ޔަހޫދީން އެއްލި ބަކަރި ސަރުބީ ހަންބުރިޔެއްގެ ޙާދިޘާ އާއި އަލަށް އިސްލާމްވި ބަޔަކު ﷲ ގެ ނަންފުޅު ގަތްތޯ ނޭނގޭ އެއްގަމުމަހެއް ބިސްމިކިޔައި ކެއުމަށް އެންގެވި އަލްބުޚާރީގެ ޙަދީޘު އިން، އެބައެއްގެ ކާތަކެތި ހުއްދަ މީހުންގެ ފުށުން އަންނަ ތަކެތި، ނޭގުމެއް ތެރޭގައި ވިޔަސް، އޭގެ އަޞްލަކީ ޙަލާލު ކަމާއި އެއަަށް ސުވާލުވެވުން ނެތް ކަމަށް ދަލީލުކުރެއެވެ.
🤚ދެން ޙަރާމް ކަމެއް އެތަނުގައި އެކުލެވޭ ކަމުގެ ޝުބުހުގެ މިންވަރުގެ މައްޗަށް މިއަޞްލު 3 ޙާލަތަކަށް އެނބުރުން ވެއެވެ. (އެބަހީ ކަރަންޓު ޝޮކުން މެރުން ފަދަ ޝަރީޢަތާއި ޚިލާފު ޙަރާމްތަކެއް އެތަނެއްގައި ފެތުރުފައި ހުރި މިންވަރުތަކުގެ މައްޗަށެވެ.) އެގޮތުން:
(١) އެޤައުމުގެ ޢާންމު އުޞޫލަކީ އެފަދަކަމެއް ކުރުން ނަމަ:
މިޙާލަތުގައި އަޞްލަކީ: ޙަރާމެވެ. ޙަލާލުކަން ޘާބިތުވުމާއި ހަމައަށެވެ.
ވީމާ އެއްޤަމު މަހުގެ މައްޗަށް ޙަރާމްކަމެއް އެތަނެއްގައި ފެތުރިފައިވެއްޖެ ޙާލުގައި: އެއްގަމު މަހުގެ އަޞްލަކީ ޙަރާމް ކަމުގައި ދެކިލައްވާ ބޭކަލުން، މިޙާލަތުގައި (އެބައެއްގެ ފުށުން އެއްގަމުމަސް ޙަލާލު މީހުންގެ ފުށުން އަންނަ ގޮތްނޭގޭ މަސް) ، އޭގައި ޙަރާމެއް އެކުލެވޭކަމުގެ މައްޗަށް "ބޮޑު ޝައްކެތް އެބިމުގެ މައްޗަށް ފެތުރިފައިވާނަމަ" — މިޘާލަކަށް އެއީ ޢާންމު ގޮތެއްގައި ކަރަންޓު ޖައްސައިގެން މަރާ ޤަޥްމެއް ކަމުގައިވުން، ނޫނީ އެޤަޥްމެއްގެ ގިނަ ފެކްޓަރީ ތަކުގައި ދީނަށް ނުބެލެވޭކަން އެނގުން އަދި މިބާވަތުގެ، އެފަދަ ކަމެއްގެ ސަބަބުން ޙަރާމްވާފަދަ ކަންކަން ވުޖޫދުގައިވުން ފެތުރި ގިނަވެފައިވާ ޙާލުގައި— އެ މަހެއްގެ ޙުކުމަކީ ޙަލާލުކަން އެނގުމާއި ހަމައަށް ޙަރާމޭ ވިދާޅުވެއެވެ.
(٢) އެޤައުމުގެ ޢާންމު އުޞޫލަކީ އެފަދަ ޙަރާމް ކަމެއް ކަތިލުމުގެ ތެރޭ ނުކުރުން ނަމަ:
މިޙާލަތުގައި އަޞްލަކީ ޙަލާލެވެ. ޙަރާމް ކަން ޘާބިތުވުމާއި ހަމައަށެވެ.
(٣) އެޤައުމުގެ ޢާންމު ޢުޞޫލެއް ނޭނގުން:
މިޙާލަތުގައި ރުޖޫޢަވާނީ އަހުލުކިތާބީން ކަތިލާ މަހުގެ ޙުކުމުގެ އަޞްލަށެވެ.
• އަލްޢަލްވާން ވިދާޅުވިއެވެ: ”މިޙާލުގައި ރުޖޫޢަވުން ވަނީ އެއްގަމުމަހުގެ އަޞްލަށެވެ. އެއީ ޙަލާލެވެ. ވީމާ ޙަރާމްކަން ބަޔާން ވުމާއި ހަމަޔަށް އެތަކެތި ޙަލާލެވެ.“
ބުނެވެއެވެ: މިއީ އިހުގެ ޢިލްމުވެރިންގެ ޤަޥްލެެވެ. (އެބަހީ އެއްގަމު މަހުގެ އަޞްލަކީ ޙަލާލުކަމުގެ ޤަޥްލު). އަދި އަލްޢަލްވާން މި ޤަޥްލު ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާއަށް ނިސްބަތް ކުރެއްވިއެވެ.
• ޖުމްހޫރު ޢިލްމުވެރިންގެ ޤަޥްލަކީ އެއްގަމު މަހުގެ އަޞްލަކީ ޙަރާމް ކަމެވެ. ޙަލާލުކަން އެނގުމާއި ހަމައަށެވެ. އެހެނަސް މިތާނގައި އުފެދިފައި މިވާ ސުވާލަކީ މަހުގެ އަޞްލަށެއް ނޫނެވެ. އެހެނީ އަހުލު ކިތާބީންގެ މަހުގެ އަޞްލަކީ ޙަލާލެވެ. ވީމާ އެތަނެއްގައި ޙަރާމް ފެތުރިފައިވާ މިންވަރު އަހަރެމެންނަށް ނޭނގޭނަމަ ރުޖޫޢަވުން ވަނީ މި އަޞްލަށެވެ. އެބަހީ ޙަލާލުކަމަށެވެ.
އައްޠަރީފީ ވިދާޅުވިއެވެ: ”އަހުލު ކިތާބީންގެ ކާތަކެތި ﷲ ވަނީ މުސްލިމުންނަށް އެއިލާހުގެ މަތިވެރި ފޮތުން ހުއްދަކުރައްވާފައެވެ. އެއީ ﷲ ގެ މިވަޙީއިންނެވެ: {وَطَعَامُ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ حِلٌّ لَّكُمۡ} (އަދި ފޮތް ލިބުނު މީހުންގެ ކާނާވެސް ތިޔަބައިމީހުންނަށް حلال ވެގެންވެއެވެ.) =
②
⬆️މިސަބަބަށްޓަކައި އިހު ބަޔާންވެވުނު އިބްނު ތައިމިއްޔާގެ ފަތުވާގެ ތަޢުލީޤުގައި އަލްއުޘައިމީން ވިދާޅުވިއެވެ:
❞ ޝެއިޚު (އިބްނު ތައިމިއްޔާ) رحمه الله ގެ މިބަސްފުޅު އާދަޔާ ޚިލާފެވެ. އެހެނީ އެއުރެންގެ ޢީދުތަކުގައި ހަދިޔާ ޤަބޫލު ކުރުމުގައި، އެވެރިންގެ ޢީދުތަކަށް ރުހޭ ކަމުގެ އިހުސާސެއް ވެއެވެ. އެހެންވިޔަސް، އަޞްޙާބު ބޭކަލުން رضي الله عنهم ގެ އަރިހުން، މިކަމުގައި (ހުއްދަ ދޭހަކޮށްދޭ) އާޘާރުތައް އެބަހުއްޓެވެ. ފަހަރެއްގައި އަޞްޙާބުބޭކަލުން އެތަކެތި ޤަބޫލުކުރެއްވީ އެއީ އިސްލާމްކަން ވަރުގަދަޔަށް އޮތް ވަޤުތެއްކަމަށް ވެފައި، އެކަން ކޮށްގެން މީސްތަކުންނަށް ކުށްހީއެއް ނާރާފާނޭ ކަމަށްޓަކައެވެ. އަދި މުސްލިމުތަކުން ކާފަރުންނަށްވުރެ އަރައިތިބިކަން ކާފާރުންވެސް ރަނގަޅަށް ދަނެތިބީތީކަމަށް ވެދާނެއެވެ.
އެހެނަސް އަހަރެމެންގެ މިޒަމާނުގައި، ކާފަރުން ފުށުން އެވެރިންގެ ޢީދު ޙަފުލާތަކުން ހަދިޔާ އަހަރެމެން ޤަބޫލުކޮށްފިނަމަ، އެވެރިން އެކަމާ ހިތްއުފައު ވެދާނެއެވެ. އަދި ބުނެދާނެއޭ: މުސްލިމުންވެސް މިދުވަހަކީ ޢީދެއްކަމުގައި އެއްބަސްވެއްޖެއޭ އެވެ.
މިސްކަބަބަށްޓަކައި މިމައްސަލަ (ހުއްދަކަމަށް ބުނެވޭއިރު) ތަފްޞީލުކުރުން އަހަރެމެންނަށް ޒަރޫރު ވެއެވެ. (އަދި ހުއްދައޭ ބުނެވޭ އިރު) ބުނެވުން ވަނީ: ކާފަރުން އޭގެ ސަބަބުން ހިތްމޮޅުވެ ދަރަޖަވެރިވެދާނެކަމުގެ ބިރުއޮވެއްޖެނަމަ، އަދި މިއީ އަހަރެމެން ފުށުން އެވެރިންގެ ޢީދުތަކަށް ރުހުން ލިބުން ކަމަށް ހީކުރާނަމަ، އެހިނދު އެހަދިޔާ ޤަބޫކުކުރުން ނުވެޔޭ އެވެ. ❝ — اهـ.
(ބަލައިހޯދުމަށް: شرح اقتضاء الصراط المستقيم ١/٤٠٩)
އަދި މީގެން ބަޔާންވަނީ އެހަދިޔާ، އޭގެ ޒާތުގައި ހުއްދަނޫނީކީ ނޫންކަމެވެ. އެހެނަސް އެކަން ޝަރުޠުކުރައްވަނީ އެކަމުގެ ބޭރުން އަންނަ މަޞްލަޙަތުތަކެއްގެ މައްޗަށް ކަމެވެ.
⬆️ޝެއިޚް ސަޢްދުލް ޚަޘްލާން ވިދާޅުވިއެވެ:
❞ ...(ޢީދުމީލާދު ބިދުޢައެއް ކަމުގައި ވުމާއި އެކުވެސް) މީހަކަށް އޭގައި ތައްޔާރުކުރެވޭ ކާއެއްޗެއް ހަދިޔާ ކުރެވިއްޖެނަމަ، އަހަރެންނަށް ބުރަވެވެނީ، އެ ޤަބޫލުކުރުމުގައި މައްސަލައެއް ނެތް ކަމެވެ. އެއީ ކާފަރުންގެ ޢީދުތަކުން އެއްޗެއް ހަދިޔާކުރެވިއްޖެނަމަ އެއެއްޗަކީ ޒަބީހާއެއް (އެބަހީ: އެއްގަމުމަހެއް) ކަމުގައި ނުވާހާ ހިނދަކު، އެއެއްޗެއް ޤަބޫލުކުރުން ޖާއިޒުކަމުގެ މައްޗަށް ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅު މީގެ އަސާސަކަށް ބަލައެވެ. މިކަން އަބުލް ޢައްބާސް އިބްނު ތައިމިއްޔާ އާއި ޢިލްމުވެރިންގެ ތެރެއިން ބައިގަނޑެއް ވަނީ ޛިކުރު ކުރައްވާފައެވެ.
ކާފަރުންގެ ޢީދަށް މިކަން ހުއްދަނަމަ، ފަހެ އެނިސްބަތުން އަޅާކިޔާއިރު، މުސްލިމުން ޝަރީޢަތާއި ޚިލާފަށް ކުރާ މިފަދަކަމެއްގައި އެކަން ހުއްދަވުމުގެ އައުލާކަން އެއަށްވުރެ ބޮޑުވާނެއެވެ. ❝ — اهـ.
⬆️އަދި ޝެއިޚް އަލްމުޙައްދިޘް މުޞްޠަފާ އަލްޢަދަވީ އާއި ސުވާލުވެވުނެވެ:
”ނަބިއްޔާގެ ޢީދުމީލާދުގައި ބެހޭ ކާތަކެތި ކެއުން ހުއްދަހެއްޔެވެ؟“ ޖަވާބު: ”އެއީ އެއްގަމު މަސް ނޫން އެއްޗެއް ނަމަ ކެއުން ހުރިހާ އިރެއްގައި ހުއްދައެވެ. (އެބަހީ: އެފަދަ ހަފުލާއަކާއި ވިދިގެން ދެވޭ އެއްޗެއް ނޫން އެނޫން ވިޔަސްއެވެ.) އަދި އެއީ އެއްގަމު މަސް ކަމުގައި ވެފައި، ކަތިލެވޭއިރު އޭގެ މައްޗަށް ﷲ ގެ އިސްމުފުޅު ނަންގަނެވިފައިވާނަމަ، އެކެއުމުގައި މައްސަލައެއް ނުވެއެވެ. ދެންފަހެ އެ ކަތިލެވުނީ ﷲ ނޫން ފަރާތެއްގެ ނަންގަނެވިގެން ނަމަ، އެއިން ނުކާށެވެ.“— اهـ. އަދި އެނޫން ތަނެއްގައި ވިދާޅުވިއެވެ: ”އެއިން ހަލުވާ ކެއުން ހުއްދައެވެ. އަދި އެދުވަހަށް ޚާއްޞަކޮށްގެން ވިއްކަން ނެރެފަހުރި ހަލުވާއެއް ގަނެގެން ކެއުންވެސް ހުއްދައެވެ.“ (ޚުލާޞާކޮށް) . اهـ.
⬆️ޢަބްދުލް ޢަޒީޒް އައްޠަރީފީ ވިދާޅުވިއެވެ:
❞ (ސ) ޢީދުމީލާދުއަށް ކަތިލެވޭ އެއްގަމު މަހުން ކެއުން ހުއްދަ ހެއްޔެވެ؟ (ޖަވާބު) : ޢީދުމީލާދު ގެ ދުވަހު ﷲ އަށްޓަކައި ކަތިލެވި އަދި އޭގެ މައްޗަށް ﷲގެ ނަންގަނެވި ކަތިލެވޭ ތަކެތި: ޙަލާލު ވެގެން ވެއެވެ. އެއީ އެ މުނާސަބަތަކީ އޭގެ ޒާތުގައި ޝަރުޢުވެގެން ނުވާ އެއްޗެއް ކަމުގައިވާ ހިނދުގައެވެ. އެހެނީ އެކަމުން އަދި ކާތަކެތީގެ ބާވަތަށް ޙަރަމް ކަން ނުގެނުވައެވެ. ❝ — اهـ.
⬆️އަދި މީގެ އިތުރުން އިސްލާމްވެބް ގެ ފަތުވާބޯޑުގެ ނިންމެވުންތައް ވަނީ މިއުޞޫލުގެ މަތިންނެވެ. (އިތުރަށް ބެލުމަށް ފަތުވާ 45347 ޢަރަބި، ފަތުވާ 155858 އިނގިރޭސި).
~ ގަލަންދާނު 🖋
⬇️ «ރަސޫލާ صلى الله عليه وسلم ގެ ޢީދުމީލާދު ޙަރާމް ވުމުގެ މައިގަނޑު 3 ސަބަބު» ~ގަލަންދާނު
ނޯޓް: އެހެން ޕްލެޓްފޯމްތަކުގައި މި HD ފޮޓޯ ޝެއަރ ކުރައްވާ
❌ ހުވަފެނުން ދީން އަމުނާ ބިދުޢަވެރިނާއި ޝައިޠާނުންގެ އަޢުވާނުން
ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވިއެވެ: [الرؤيا المحضة التي لا دليل على صحتها لا يجوز أن يثبت بها شيء بالاتفاق]
❞ ހަމައެކަނި ހުވަފެނެއްގެ މައްޗަށް، އޭގެ ޞައްޙަކަމުގެ މައްޗަށް އިތުރު [ޝަރުޢީ] ދަލީލެއް ނުވާޙާލު، އެއްވެސް ކަމެއް ޘާބިތުކުޅައުމީ، [ޢިލްމުވެރިންގެ] އިއްތިފާޤުން ހުއްދަކަމެއް ނޫނެނެވެ. ❝
مجموع الفتاوى 27/457
އިބްނު ޙަޖަރު ވިދާޅުވިއެވެ: ”...އެހެނީ ނަބީބޭކަލުން ނޫން ބަޔަކަށް ފެންނަ ހުވަފެނަކުން، ޝަރުޢީ ޙުކުމެއް ނެގުން ނުވާތީއެވެ.“ (فتح الباري ج ٢/ ٦٧)
އަދި އިބްނު ބާޒު ވިދާޅުވިއެވެ: ”އަދި ނިދީގައި ފެންނަ ހުވަފެނެއްގެ މައްޗަށް ގޮތްނިންމުމެއް ނުވެއެވެ. އަދި އެއްވެސް މީހަކަށް އެއަކުން އެއްވެސް ކަމަކަށް ލާޒިމުވުމެއްވެސް ނުވެއެވެ...“ ”އަދި ކިޔެއްހޭ، އިލްމުވެރިން ވަނީ ކަނޑައަޅުއްވާފައޭ، ހުވަފެނެއްގެ މައްޗަށް އެއްވެސް ކަމެއް ޘާބިތުކުޅައުން ނުވެޔޭ، އެއީ މީހަކަށް އޭނާގެ ނިދީގައި ޚުދު ނަބިއްޔު ﷺ ޙުކުމްތަކުން ޙުކުމަކަށް އަމުރު ކުރެއްވިޔަސް އެވެ. އެކަން އޭނާ އަށް ލާޒިމުވެގެން ނުވެއެވެ.“ (البحر المحيط 1 /90)
އައްނަވަވީ ވިދާޅުވިއެވެ: ”ޝަޢުބާން މަހުގެ 29 ވަނަ ދުވަހުގެ ރޭ، މީސްތަކުންނަށް ހުޅެވިހަނދު ނުފެނި، މީހަކަށް ނިދީގައި ނަބިއްޔު ﷺ ފެނި، "މިރެޔަކީ ރަމަޟާން މަހުގެ ފުރަތަމަ ރެޔޭ" އޭނާ އަށް ވިދާޅުވިޔަސް — މިހުވަފެނުގެ މައްޗަށް ރޯދަ ހިފުން ޞައްޙަވެގެން ނުވެއެވެ. އޭނާއަށް ނޫނީ އެނޫން މީހަކަށް ވިޔަސް އެވެ.“ المجموع 6/292
އަދި ޙާޝިޔަތުލް ޢައްޠާރް (2/467) ގައި ވެޔޭ: ”އަދި ހުވަފެނެއް (ހާދިސާ) ސީދާ ވިޔަސް އޭގެ މައްޗަށް ޝަރުޢީ ޙުކުމެއް އެމުނުން ލާޒިމެއް ނޫނެވެ... (ބުނެވެޔޭ) މީހަކަށްް ނިދީގައި ނަބިއްޔު ﷺ ފެނި ވިދާޅުވިޔޭ: މިވެނި ސަރަހައްދެއްގައި ކަންޒެއް ވެޔޭ، ގޮސް އޭތި ނަގާށޭ، (ޝަރުޢީ ގޮތުންް ދޭންޖެހޭ) ފަސްބައިކުޅަ އެއްބައި އެއިން ނެރޭކަށް ތިބާ މައްޗަށް ނުވެޔޭ އެވެ." ދެން އޭނާ ގޮސް އެތަނުން އެހޯދިއެވެ. އެހެންކަމުން ޢިލްމުވެރިންް އެކަމާ ބަހުޘް ކުރައްވައި، އަލްޢިއްޒު ބުނި ޢަބްދުއް ސަލާމު ވިދާޅުވިޔޭ: ފަސްބައިކުޅަ އެއްބައި ނެރޭށެވެ. އެހެނީ އެއީ މުތަވާތިރުކޮށް (ކަށަވަރު އެތައް މަގަކުން) ޘާބިތުވާން އޮތްކަމެކެވެ. އަދި އެންމެ ބޮޑުމިނުންބެއްޔަސް، ތިބާގެ ހުވަފެނަކީ އާޙާދު (އެއްމެ ފަރުދެއްގެ ސަނަދުން) އޮތް އެއްޗެކެވެ.“
~ ގަލަންދާނު 🖋
Detraction & Distortion Of Facts, is the media of criminals throughout the history! #GazaGenocide
~ Galandān [via X]
⬆️ނަމާދުގައި ކުރެވޭ އެންމެ ހުތުރުކަން ބޮޑު ހަރަކާތް ތަކުގެ ތެރޭގައި، ބޯދިގުކޮށް ހުންނަ ފިރިހެނުން ރުކޫޢިން ނޫނީ ސަޖިދައިން ތެދުވާއިރު ބޮލަށް ކުއްލި ހަރަކާތެއް ގެނެސް އިސްތަށިގަނޑު ފަހަތަށް އެއްލުން ހިމެނެއެވެ.
މީގައި އެކުލެވޭ ނަހީގެ ޞިފަތަކުގެ ތެރޭ:
• ނަމާދުން ބޭރު އިތުރު ޙަރަކާތް ގެނައުމާއި
• ހިންދޫންނާއި ސޫފީންގެ އަޅުކަމުގެ ތެރެއިން ވަޖިދުވަނުމުގެ ހަރަކާތާއި އެއްގޮތް ވުމާއި
• އިސް އުދަރެހާ ދިމާލަށް އުފުލުމާއި
• މަޑުމޮޅިކަމާއި ޚުޝުއްވަތުގެ ޞިފަ އެއިލާހުގެ ކުރިމަތީ ހުއްޓި ހުންނައިރު ގެއްލިދިޔުން ހިމެނެއެވެ.
الله أعلم.
~ ގަލަންދާނު 🖋
Shaykhul Islām Ibn Taymiyyah said:
“The Sunnah has established that the punishment of the apostate (murtad) is greater than the punishment of the original kāfir in several ways:
Amongst these: The apostate is killed in all cases, and no jizyah is imposed on him, and no covenant is made for him, unlike the original kāfir.
Among these: The apostate is killed even if he is unable to fight, unlike the original kāfir who is not among the fighting; he is not killed according to most scholars such as Abū Ḥanīfah, Mālik, and Aḥmad. For this reason, the doctrine of the majority is that the apostate is killed, as is the doctrine of Mālik, al-Shāfiʿī, and Aḥmad.
Amongst these: The apostate does not inherit, nor is he allowed to marry, and his slaughtered animal is not eaten, unlike that of the original infidel. This and other similar rulings distinguish them.”
مجموع الفتاوى: ۲۸/ ٥۳٤
He (ibn Taymiyyah) also said: “..And the disbelief of apostasy is more severe by ijmāʿ (consensus of scholars) than the original disbelief.”
مجموع الفتاوى: ۲۸/ ٤۷۸
Imām Al-Bukhārī said, ‘It makes no difference to me whether I were to pray behind a Jahmī or Rāfiḍī or behind a Jew or Christian (i.e. they are all invalid). They (the Jahmīs and Rāfiḍah) are not to be greeted with salām. Their ill are not to be paid a sick visit. They are not to be married. Their funerals are not to be attended. The meat they slaughter is not to be eaten.”
(Khalq Afʿālul- ʿIbād, p.14)
Shaykh ʿAbdullah Al-Saʿd said: Shaykhul Islām Ibn Taymiyyah in “Al-Ṣārim Al-Maslūl” (1/570) quoted that:
Aḥmad Ibn Yūnus said, “If a Jew were to slaughter a sheep and a Rāfiḍī were to slaughter one, I would eat from the sheep slaughtered by the Jew and not eat from the one slaughtered by the Rāfiḍī, because the Rāfiḍī is a murtad.”
Likewise he (ibn Taymiyyah) quoted in it, Abū Bakr bin Hānī, who said: “The slaughter of the Rāfiḍīs and Qadariyyah is not permitted, just as the slaughter of an apostate is not permitted. However, the slaughter of the People of the Book (i.e., Jews and Christians) is permitted, because the Rāfiḍah and Qadariyyah are treated as apostates, while the People of the Covenant (i.e., Jews and Christians) are allowed to remain in their religion, and the jizyah is imposed upon them.”
~ Galandān 🖋
❝ The Rāfiḍah are now more disbelieving than the Jews and Christians; in fact, they are more disbelieving than many of the mushrikīn (polytheists). Their harm to the nation of Muhammad ﷺ is greater than the harm caused by the warring disbelievers!! They declare takfīr on the Companions and deny explicit texts from the Qur’an, and they pretend to be loyal to the family of the Prophet, while in reality they have no religion. ❞
— Al-Shaykh Dr. Khālid Al-Ḥāyek (text)
~ Galandān 🖋
②
އަހަރެން [އިބްނު ފަހްމީ ދީދީ] ބުނަމެވެ:
ބަޔާންވެވުނު ޙާދިޘާތަކުން ލިބޭ ފިލާވަޅު ތަކުގެ ތެރޭ:
1) ޢިލްމު ނެންގެވެނީ ޢިލްމުވެރިން ގެ މަރުން ކަމުގައިވެ އެކަމަށް ހިތާމަ ކުރުން.
2) ޢިލްމު ހޯދުމަށްޓަކައި ޢިލްމުވެރިން ގެ އަރިހަށް ދިޔުން، އެހެނީ އެއީ ނަބިއްޔުންގެ ވާރުތަވެރިންނެވެ. އަދި ﷲ އެންގެވި: فاسالوا اهل الذكر...
3) އަޞްޙާބު ބޭކަލުންގެ ޢިލްމުގެ މަތިވެރިކަން، އަދި އޭގެ ތެރެއިން ވަކިން ޚާއްޞަ ކޮށް ޖަންނަތް ވަޢުދުވެވުނު ބޭކަލުންގެ ޢިލްމުގެ މަތިވެރިކަން
4) ޢިލްމަކީ ބަޔަކަށް މަނައު ކުރެވޭނެ އެއްޗެއް ނޫންކަމާއި، އޭގެ ތަޥްފީޤު ވަނީ ﷲ ޙަޟުރަތުން ކަން
5) މީހެއްގެ ޢިލްމު މިނެކިރުންވަނީ ރިވާޔަތްތަކާއި ނަޤުލު ކުރުމުގެ މައްޗަށް އޭނާ އަށް ﷲ ދެއްވާ ފަހުމް އިން ކަން. އެހެނީ ﷲ ހެޔޮ އެމީހަކަށް އިރާދަކުރައްވައިފި މީހަކަށް ދީނުގައި ފަހުމް ދެއްވައެވެ. ޙަދީޘު.
6) ޢިލްމުގެ މައްޗަށް ފަހުމް ދެއްވުމަށް އެދި ﷲ ޙަޟުރަތުގައި ދެންނެވުމުގެ މަތިވެރިކަން
7) ﷲ އާއިމެދު އަދި ދީނުގެ ކަންކަމުގައި ފަތުވާތައް ދީ ހެދުމުގައި ބިރުވެތިވުން.
8) ތިމާއަށް ލިބިފައިވާ ޢިލްމުގެ މަދުކަން އިހުސާސު ކުރުން.
9) ދީނުގެ ކަންކަމުގައި ބަސް ބުނުމުގެ ކުރިން ފުންކޮށްވިސްނައި ހުއްޓި އެކަމުގެ މައްޗަށް އިސްވެ ދިރާސާކުރުން. ނޫނީ ހަނުހުރުން
10) ތިމާއަތުގައި ހުރި ރިވާޔަތްތަކާއި ދަލީލުތަކުގެ މައްޗަށް ތިމާ ފަޤީރުވެފައިވާ މިންވަރު ދަނެ ﷲ ޙަޟުރަތުން ޢިލްމާއި ފަހުމަށް އަބަދުވެސް އެދުމުގެ މުހިއްމު ކަން
11) ޙަޤީޤީ ޢިލްމުވެރިޔަކީ އޭނާ އުނގެނި ފޮތްތައް ކިޔާ ވަރަކަށް އޭނާ އަށް ނޭގޭ މިންވަރު އިހުސާސުވެ ހިތާމަ ކުރާ މީހާ ކަން
12) ސަލަފުންގެ ތަޤުވާވެރިކަމާއި ޢިލްމަށް ލޯބިކުރެއްވުމާއި އެއަށްޓަކައި ކީރިތި ކުރެއްވުން
13) މީސްތަކުންނާއި އެކަހެރިވެ ﷲ އަށް ދެންނެވުމުގެ މާތްކަން
14) ތަކުރާރުކޮށް ދުޢާ ކުރުމުގެ މާތްކަން
15) ތިމާ ގެ ދެރަކަން އިޤުރާރުވެ ﷲ އަށް ތިމާ ބޭނުންވާ މިންވަރު ހާމަކޮށް ދުޢާ ދެންނެވުމުގެ މާތްކަން
16) އެދުރުންގެ ހެވާއި ލާބަ ނަޤުލުކުރުން
17) ތިމާގެ ދެރަކާމާއި ﷲ ގެ ފުރިހަމަކަން ހާމަވާފަދައިން އެކަމުގައި އެހެންމީހަކަށް ލާބައެއްވާނަމަ ، އަޅުކަމެއްގެ ވާހަކަ ބަޔާން ކުރުން
18) ޢިލްމުވަނީ ބާއްވައިލެއްވި ނިމިފައިކަން.
19) ތިމާއަށް ނޭގޭ މިންވަރު ހާމަ ކުރުމުގެ މުހިއްމުކަން. މީގެ ތެރޭ ނޭގެޔޭ ބުނުމީ ޢިލްމުގެ ދެބައިކުޅަ އެއްބަޔޭ.އޮންނަ އަޘަރު.
20) ޢިލްމަށްޓަކައި ދަތުރުކުރުން
21) އަޅުކަން ކުރުންވަނީ ޞައްޙަ ދަލީލު މައްޗަށް ކަން، ދަލީލު ވަނީ ޢިލްމުގެ ތެރެއިންކަމާއި އެކަން ވަނީ އީމާނާއި ގުޅިފައިކަން
22) އީމާންކަމީ މަތިވެ ދަށްވާ އެއްޗެއްކަން ނުވަތަ ވަރުގަދަވެ ބަލިކަށިވާއެއްޗެއްކަން.
23) ނަމާދަކީ އީމާންކަން
24) ރަސޫލު ނަބީންގެ ޢިލްމަކީ އުޑުންބާއްވާލައްވާ ވަޙީ ކަން. އަދި އެބޭކަލުން ފުށުން ދެންތިބި އެންމެހާ ބަޔަކަށް އެ ފޯރުން. އަދި ކޮންމެ މީހަކަށްވެސް އެކަމުގައި ފަހުމްކޮށް ތަޥްފީޤުދެއްވުން ވަނީ ﷲ އަށް ކަން.
25) ޢިލްމަށް ދަހިވެތިވުމުގެ މާތްކަން
26) ޢިލްމު ހޯދުމަށް އެދި އެމަގު ޚިޔާރު ކުރާ މީހަކަށް އެ ލިބޭނެކަން.
27) ދަލީލެއް ހުއްޖަތެއް ނުވާ ހަވާ ނަފުސަށް ތަބައުވުން ދުވަހަކުވެސް ހުއްދަ ނޫން ކަން. އަދި ޢިލްމުވެރިޔަކަށް ބަރޯސާ ކުރުން ހުއްދަކަން. އަދި އުނގެނުންވަނީ އެމަގުން ކަން
28) ޢިލްމުވެރިޔެއް ބަސްވިދާޅުވާ އިރު، އެބަސްފުޅަކަށް ބުރަވެވަޑައިގަންނަވާ މަޞްދަރުތަކުގެ ގިނަކަން. އެހެންކަމުން ޢާންމު ފަރުދަކާއި މުޖުތަހިދެއްގެ ސާދާ ބަހެއްގައިވާ ފަރަޤުގެ ބޮޑުކަން.
29) އެއިލާހު ފަހުމް ދެއްވާ ފަދައިން، އެ ނެންގެވުންވެސް އެއިލާހަށް ވާކަން. އެހެންކަމުން މީހާގެ ތަޒްކިޔާތަކާއި ފާސްތަކުގެ ގިނަކަމެއްނެތި އެނެތިދިޔުން
30) ﷲ އަށް އަބަދުވެސް މިކަމަށް ބިރުވެތިވުން
31) ﷲ މާތް ކުރެއްވި ޢިލްމުވެރިން އެއިލާހަށް ސިއްރާއި ފާޅުގައި ބިރުވެތިވުމުގައި އަރައިތިއްބެވިކަން. إِنَّمَا يَخْشَى اللَّـهَ مِنْ عِبَادِهِ الْعُلَمَاءُ... އަދި އޭގެ ކުރީ އާޔަތްތަކުގައި ނިޞްބަތްވެފައިވާ ޣައިބުގައިވޭމެ ބިރުވެތިވުމުގެ ވާހަކަ.
32) އަނެކުންނަށް އޯގާތެރިވުން
33) ދަރިވަރުންނަށް ޢިލްމު އުނގެނޭނޭ ރާސްތާ އަށް މަގު ދެއްކުމާއި އިރުޝާދު ދިނުން.
34) ދަމުނަމާދުގައި ދުޢާ ކުރުމުގެ މަތިވެރިކަން.
35) ދެބަސްވާ ކަންކަމުގައި ﷲ ޙަޟުރަތުން ޙައްޤު ދެއްކެވުމަށް އެދުން
36) ދުޢާއުލް އިސްތިފްތާޙުގެ މާތް ކަން
37) اللَّهُمَّ رَبَّ جِبْرَائِيلَ... މިދުޢާ ގެ މާތްކަން
38) ނަބިއްޔުންނާއި ރަސޫލުންގެ ޢިލްމާއި ފަހުމުގެ ފުރިހަމަކަމާއި އެފަދައިން ހިދާޔަތާއި ޢިލްމު، އެބަހީ އެފަދަ ފުރިހަމަ ކަމަށް އެދި ދުޢާ ކުރުން.
39) އަނެކުންގެ ޢިލްމަށް ހަސަދަވެރި ވުމަކީ މަގުފުރެދުމެއްކަން
~ ގަލަންދާނު
⚠️ ޓީވީ އެމް އިން ދައްކާ ނަމާދު ކުރާނެ ޞިފައިގައި ހުރި ޝާފިޢީ މަޛުހަބާއި ޚިލާފު އަދި ސުންނަތުން ޘާބިތުނޫން ބައެއް ކުށްތައް
1. ސަޖިދައިގައި ދެފައިތިލަ ނޫނީ އޭގެ ފުންނާބު ޖެއްސުމަކީ ޝާފިޢީ މަޛުޙަބާއި ޚިލާފުގޮތެކެވެ. އަދި މިއީ ސުންނަތުން ޘާބިތުނޫން ރައުޔެއް ގޮތުގައި އަލްޢައްލާމާ ބަކްރު އަބޫ ޒައިދު ވިދާޅުވިއެވެ. އަހަރެމެން ކުރިން ވާނީ މީގެ ތަފްޞީލެއް ގެނެސްފައެވެ.
2. ސަޖިދައިގައި ކުރުގެޅުވިގެން އޮތުން: މިއީ ޝާފިޢީ މަޛުހަބާއި ޚިލާފު ގޮތެކެވެ. ފިރިހެނާގެ ދެފައިދެމެދު ޖާގަ ދީ އަދި އަތް ބޭރަށް ފުޅާކޮށް އޮތުން އަދި ފަލަމަސްގަނޑު ބަނޑާއި ނުވިއްދައި އޮތުން މިއީ މަޛުހަބުގެ ރައުޔެވެ. ކުރުގެޅުވިގެން އޮތުމީ ސުންނަތާއި ޚިލާފު ޞިފަޔެކެވެ.
3. ޖެހިގެން އަންނަ ރަކުޢަތަށް ތެދުވާ އިރު އަތް ވިއްދުމަކީ ޝާފިޢީ މަޛުހަބުގެ ރައުޔެވެ. އެހެނަސް މިތާނގައި ކުށަކީ އިނގިލި ކުރި ޖައްސައި އަތްތިލަ ނުވިއްދުމެވެ. ޞައްޙަ ގޮތަކީ އަތްތިލަ އަދި އޭގެ އިނގިލިތައް ޤިބުލަޔަށްވާ ގޮތަށް ބިންމައްޗަށް ރަނގަޅަށް ވިއްދުމެވެ.
4. ދެވަނަ ރަކުޢަތަށް ތެދުވާއިރު ދެއަތް އުފުލުން: މިއީ ޝާފިޢީ މަޛުހަބުގެ އިތުރުން ހަތަރު މަޛުހަބާއި ޚިލާފު ސުންނަތުން ޘާބިތުނޫން ޞިފަޔެކެވެ. ޝާފިޢީ މަޛުހަބުގެ މުޙައްޤިގުން ގެ ގާތުގައި އަތް އުފުލުން ވާ ވަޤުތުތަކަކީ: ހަށަންބަންތަކްބީރު ގައި، ރުކޫޢަށް ދިޔުމާއި ތެދުވުމުގައި، އަދި ފުރަތަމަ އައްތަޙިއްޔާތަށްފަހު ތިންވަނަ ރަކުޢަތަށް ތެދުވާ އިރު — މި 4 ވަޤުތުގައި އެކަންޏެވެ.
~ ގަލަންދާނު
⑧
⬆️ ފަހުބަސް
ސަމާލު: އޭގެ ޙާލަތް ނޭނގޭ އެއްގަމު މަހާއި އެކެއުމުގެ ކަންތަކަކީ މުސްލިމުން ތެރޭ އަރައިރުންވެ ޒުވާބުކުރެވޭ ކަމެއް ގޮތުގައި ވެގެން ނުވާނެއެވެ. އެހެނީ އެއީ އިޖުތިހާދީ މަސްއަލައެކެވެ. މީހަކަށް ވަކިތަނެއްގައި އޭގެ ޝުބުހު ފެތުރިފައިވާލެއް ވަރުގަދަކަމަށް ފެނިދާނެއެވެ. އެހެންކަމުން އެތަނެއްގެ (ގޮތްނޭގޭ ގޮތުގައި ހުންނަ) އެއްގަމުމަހުން ނުކައިފާނެއެވެ. އަދި ހަމައެޔާއިއެކު އެނޫން މީހެއްގެ ރައުޔު އެޔާއި ޚިލާފަށްވެސް އޮވެދާނެއެވެ. އެކަމަކީ ދެކޮޅަށްވެސް (އިޖުތިހާދުގެ ޖާގައިގެ ތަނަވަސްކަން އޮވެ) ހުޅުވިފައިވާ ކަމެއް ނަމަ، އެފަދަ ކޮންމެ ކަމެއްގައި އަނެއްކޮޅަށް އިންކާރު ކުރުމެއް ނުވެއެވެ. އިންކާރު ކުރުންވަނީ ޞަރީޙަ ސާފު ކަންތައް ތަކުގައެވެ. އެއީ މިޘާލަކަށް އެ ވަކި ފަރުދެއްގެ މުރުތައްދުކަން ފާޅުވެގެންވާ މީހެއް ކަތިލާއެއްޗެއް ކައިފި މީހާ ފަދައެވެ. ފަހެ މިހިނދު އެއީ މުޅަމަސް ކެއުން ފަދަ ކަމެކެވެ. އެހެންކަމުން އެކަމަށް އިންކާރުކުރުން ވެއެވެ.
⑥
އެހެންކަމުން މި މަޞްލަޙަތުތައް ޙާޞިލު ކުޅައުން ޝަރުތުތަކަކަށް ބަރޯސާވާނަމަ، އަދި އެޝަރުޠުތައް ފުރިހަމަކުރުން ނުކުޅަދާނަ ނަމަ، އެޝަރުތެއް މައްޗަށް އެކަން ބުރަވެ ބޭއްވުން އުވިދެއެވެ. އަދި ޢިލްމުވެރިން ވަނީ މި ނަޒަރު ދިކުރު ކުރައްވާފައެވެ.“ ދެން އެތަކެތި ނަންގެންނެވިއެވެ.
🔴 އިސްލާމީ ޙަލާލު މަރުކާގެ ކުންފުނިތަކާއި ޖަމްޢިއްޔާތަކުގެ "ޙަލާލު ލޭބަލް" ބަލައިގަތުމުގެ ގަވާޢިދު
ބޭރުފުށަށް ޢަދުލުވެރި، މުސްލިމެއް ފުށުން، އެއެއްޗެއް ކަތިލެވިފަ ވަނީ އިސްލާމީ ގިއުގަނޑު ތެރޭގައި ކަމަށް ބުނެވިއްޖެނަމަ، މިޙާލަތުގައި އެއަށް ޙުކުމް ވެވުން ވަނީ ޙަލާލު ކަމުގައެވެ. (އެއީ އޭގެ ޙަޤީޤަތް ނޭގުނަސްއެވެ.) އެހެނީ މުސްލިމު، ބޭރުފުށަށް ޢަދުލުވެރި މީހެއްގެ ޙާލަތް، މުސްލިމުންނަށް ޙަރާމް އެއްޗެއް އެވެރިންނަށް ފޯރުވުން މަނައު ކުރެތެވެ. އަދި އެއާއިއެކު އެއީ އިސްލާމީ ގިއުގަނޑުގެ ތެރޭގައި ކަތިލެވިފައިވާ އެއްޗެއް ކަމަށްވެސް އޭނާ ހެކިދެއެވެ.
އަބޫ ސަލްމާނުއް ޞޫމާލީ ވިދާޅުވިއެވެ: ”ދެވަނަ އަޞްލު: މީސްތަކުންގެ ޙާލާއިމެދު ބެލެވުން ވަނީ ޞައްޙަ އަދި ސަލާމަތް ކަމުގައި ވުމެވެ. އެއީ އެޔާއި ޚިލާފަށް ކަމެއް ފާޅުވުމާއި ހަމައަށެވެ. އެހެން ނޫން ނަމަ އަހަރެމެންނަށް އެއްވެސް ގުޅުމެއް ނޫނީ މުޢާމަލާތެއް ބިނާ ނުކުރެވޭނެއެވެ.
ޝެއިޚުލް އިސްލާމް رحمه اللهވިދާޅުވިއެވެ: ”އެނޫން މީހެއް ޒަބަހަ ކޮށްފައިވާ މަހެއް ލިބިއްޖެ މީހާ، އޭނާ އެއިން ކެއުން ޖާއިޒެވެ. އަދި އޭނާ އަށް ވަނީ އޭގެ މައްޗަށް ﷲ ގެ އިސްމުފުޅު (އެބަހީ: ބިސްމި) ކިޔުމެވެ. އެއީ އަނެކުންގެ ޙާލަތް ޞައްޙަ ސަލާމަތް ގޮތުގައިވާ ކަމުގައި ބަލައިގަތުމަށްޓަކައެވެ. މިއީ އައްޞަޙީޙު ގައި ޘާބިތު ވެފައިވާ ފަދައިންނެވެ: ބަޔަކު މީހުން ދެންނެވޫއޭ: އޭ ﷲ ގެ ރަސޫލާއެވެ! އަލަށް އިސްލާމް ވެފައިވާ ބަޔަކު އެއްގަމު މަސްތަކެއް އަހަރެމެންނަށް ގެނެސްދީފިއެވެ. އަދި އެއުރެން ﷲ ގެ އިސްމިފުޅު ގަތް ކަމެއް ނުގަންނަ ކަމެއް އަހަރެމެންނަށް ނޭނގެއެވެ!؟“ އެހެންކަމުން ޙަދީޘް ކުރެއްވިއެވެ: «سموا أنتم وكلوا» (ތިޔަބައިމީހުން (ﷲގެ) ނަން ގަނެ އެއިން ކާށެވެ.).
އަދިވެސް (އިބްނު ތައިމިއްޔާ) ވިދާޅުވިއެވެ: ”އެބައެއްގެ ކަތިލާތަކެތި ﷲ ހުއްދަ ކުރައްވާފައިވާ މީސްތަކުންގެ ތެރެއިން، މުސްލިމެއް އަދި ފޮތުގެ މީހެއް ވިޔަސް (އެބަހީ ޔަހޫދީއެއް ނޫނީ ނަޞާރާއެއްވިޔަސް) ، އޭނާ ކަތިލާ ސީދާ އެއެއްޗަށް ބިސްމި ކީތޯ އަހަރެންނަށް އެނގުމީ ޝަރުތެއް ނޫނެވެ. އެހެނީ މިކަން ހޯދައިގަތުމަކީ ގިނަފަހަރަށް ވުމަށްވުރެ ނުކުޅަދާނަކަމެވެ. އަދި މިއީ ޝަރުޠެއް ނަމަ، މީސްތަކުންގެ ތެރެއިން ގިނަ މީހުން ތިބޭނީ އެއްގަމުމަސް ނުކައެވެ. އެހެންކަމުން މީސްތަކުންގެ ޢަމަލުތައް ބަލައިގަތުން ވަނީ އޭގެ ޞިއްޙަތް ސަލާމަތްކަން މަތީގައެވެ. ހަމައެފަދައިން، މީހެއް އަތުން އަހަރެން ކާއެއްޗެއް ގަނެފިނަމަ، އޭނާގެ ކަންތަކުގައި އަހަރެން ބަލަންޖެހޭނީ ޞައްޙަ ކަމުގެ މަތީގައިވާކަމުގެ މައްޗަށެވެ...“
އަދިވެސް (އިބްނު ތައިމިއްޔާ) ވިދާޅުވިއެވެ: ”ފަހެ އެއްވެސް މީހެއް ބިސްމި ނުކިޔުމުގެ ސަބަބުން ޢުޛުރުވެރިޔެއް ވަނީކީ ނޫނެވެ. އެހެނަސް ޢުޛުރުވެރި މިވަނީ ކަތިލި މީހާގެ ޙާލަތް (ކަތިލީ ޞައްޙަކޮށްތޯ ބިސްމިކީތޯ) ނޭނގޭ މީހާއަށެވެ. އަދި މިދެ ޙާލަތުގައި މިބުނާ ދެކަންތަކުގެ ފަރަޤު ވަރަށް ސާފެވެ. ހަމައެފަދައިން ކަތިލާ މީހާ އެ ޖަނަވާރު ކަރުގެ ވައިނޮޅިން ނޫން ގޮތެއްގައި ކަތިލުން ނުވެއެވެ. އެހެނަސް އެކަތިލި މީހާގެ ޙާލަތް ނޭނގޭ މީހާ (އެބަހީ އޭނާ ސީދާ އެކަމުގައި ކަންތައް ކުރި ގޮތް ނޭނގޭ މީހާ) ، އެތަކެތި ކެއުން ވެއެވެ. އެއީ އޭނާ ޢަމަލު ކުރި ގޮތް ޞައްޙަ ސަލާމަތްކަންމަތީ ވާކަމަށް ބަަލައިގެނެވެ.“
④
އަދިވެސް (އިބްނު ތައިމިއްޔާ) ވިދާޅުވިއެވެ:
”ޙަރާމް ޙަލާލާއި މަސްހުނިވެއްޖެނަމަ ، ފަހެ މިކަން ވަނީ ދެޒާތަކަށެވެ: އެއިން އެކައްޗަކީ: އޭގެ ޒާތުގައި އެޙަރާމް ވެގެންވާ އެއްޗެވެ. މިޘާލަކަށް މުޅަމަހެވެ. އަދި ކިރުގެ ގޮތުން އެމީހެއްގެ އުޚްތެވެ. ފަހެ މިފަދަ އެއްޗެއް އޭނާއަށް ގުނައި އަދަދު ނުވާ އެއްޗަކާއި މަސްހުނިވެފައިވާނަމަ އެ (މަސްހުނިވެފައިވާ ޙާލަތް) އޭނަ އަށް ޙަރާމެއް ނޫނެވެ. މިޘާލަކީ، މިވެނި ރަށެއްގައި އޭނާއާއި އެއްކިރު އަންހެނެއް ހުންނަ ކަން އޭނާއަށް އެނގި، އެހެނަސް އެއީ ސީދާ ކާކުކަން އޭނާއަށް ނޭނގޭ ޙާލަތެވެ. ނޫނީ އެތާނގައި މުޅަމަސް ވިއްކާ މީހަކު އުޅޭކަން އެނގިފައި (އެންމެންގެ ތެރެއިން) އެއީ ސީދާ ކާކުކަން އޭނާއަށް ނޭނގޭ ޙާލަތެވެ. މިޙާލަތުގައި އޭނާއަށް އެތަނުން އަންހެނުންާއި ކައިވެނި ކުރުންވެސް ނޫނީ އެއްގަމުމަސް (ގަނެ ކެއުންވެސް) ޙަރާމް ވެގެން ނުވެއެވެ. މިއާ ޚިލާފަށް އޭނާގެ އުޚްތާ އާއި ހިލޭ އަންހެނަކާއި ޝައްކު ވާނަމަ، ނޫނީ މުޅަމަހަކާއި އެންމެ ޙަލާލުމަހަކާއި ޝައްކުވާ ޙާލުގައި، އެއެންމެހާ އެއްޗެއް ޙަރާމް ވެގެން ވެއެވެ.“ (مجموع الفتاوى) 29/ 276
އަދި މިތާނގައި މިވާ ބަސްފުޅު (މިއާ ޚިލާފަށް އޭނާގެ އުޚްތާ އާއި ހިލޭ އަންހެނަކާއި ޝައްކު ވާނަމަ...) އެބަހީޝައްކުވަނީ އަދަދު ކުރެވޭ ނުވަތަ މަދު އެއްޗަކާއި ނަމަ، މިތާނގައި ބެލެވެނީ ޝުބުހު ވަރުގަދަކަމަށެވެ. އަދި ޙަރާމް (ގެ ޙުކުމް) އިސްކުރެވެއެވެ. އަދި (ފިޤުހީ) މި ޤަވާޢިދު: (الإباحة إذا اختلط الحرام بعدد لا ينحصر ــ كبير ــ من الحلال، والحظر إذا اختلط الحرام بعدد منحصر ــ قليل ــ من الحلال) (ހުއްދަވުން ވަނީ ޙަރާމް އެތި އަދަދު ނުކުރެވޭ - ގިނަގުނަ - ޙަލާލަކާއި މަސްހުނުވުމުންނޭ ، އަދި މަނަޢުވުން ވަނީ ޙަރާމް އެތި އަދަދު ކުރެވޭ - މަދު - ޙަލާލަކާއި މަސްހުނިވުމުންނޭ) — މިޤަވާޢިދަކީ ޢިލްމުވެރިންގެ ތެރެއިން ބޮޑު އަދަދެއްގެ ބޭކަލުން ވިދާޅުވެފައިވާ ޤަވާޢިދެކެވެ.
(المغني مع الشرح الكبـير) 1/51 އާއި އިބްނުލް ޤައްޔިމުގެ (بــدائــع الفـوائد) 3/258 އާއި އިބްނު ރަޖަބުލް ޙަންބަލީގެ (القــواعــد) ޞ. 241 އާއި ޢުލާއުއްދީން އަލްމަރްދާވީ ގެ (الانصاف) 1/78 ــ 79 އާއި އައްޝަޥްކާނީގެ (رسالــة كشــف الشبـهات عن المشتـبهات) ޞ. 16 ގެ (الرسائل السلفية) ދަށުން ބަލާށެވެ.
②
އަދި ނަބިއްޔު ﷺ ގެ ޤަޥްލުތަކުން ގިނަ ޙަދީޘުތަކެއްގައިވެސް އެ ހުއްދަ އައިސްފައިވެއެވެ. އޭގެ ތެރޭގައި ޢާއިޝަތުގެފާނު ގެ ޙަދީޘް ، އެކަމަނާ ވިދާޅުވިޔޭ އަހަރެމެން ގާތަށް އާދެޔޭ ބަޔެއް މީހުން އެއްގަމުމަހާއިގެން، އަހަރެމެންނަށް ނޭނގެޔޭ އެވެރިން ﷲ ގެ އިސްމުފުޅު ނަންގަންނަ ކަމެއް ނޫންކަމެވެ. އެހެންކަމުން ނަބިއްޔު ﷺ އެކަމަނާއަށް ޙަދީޘު ކުރެއްވިޔޭ: «سموا أنتم وكلوا» (ތިޔަބައިމީހުން ބިސްމިކިޔައި އެކާށެވެ.) އެހެންކަމުން ﷲ ވަނީ މިއުއްމަތަށް އަހުލު ކިތާބީންގެ ޒަބީހާތައް ޙަލާލު ކުރައްވާފައެވެ... އަދި އޭގެ އަޞްލަކީ ޙަލާލެވެ. އަދި މީހަކަށް އެތަނެއްގެ (ތަކެތީގައި ޙަރާމެއްވާކަން) ނޭނގޭނަމަ (އެކެއުމުގެ) އަޞްލަކީ ހުއްދަކަމެވެ..“ ދެން އެކިޙާލަތް ބަޔާން ކުރައްވަމުން ވިދާޅުވިއެވެ: ”ތިންވަނަ ޙާލަތަކީ: އޭނާއަށް (އަހުލުކިތާބީންގެ ކަތިލުންތަކުގައި) އެތަނެއްގައި (ޙަރާމް ޢަމަލުތައް އެކުލެވޭ މިންވަރު) ނޭނގުމެވެ. މިޙާލުލަތުގައި އޭނާ އަޞްލެއް ކަމަށް ބަލަންޖެހޭނީ އެއުރެން އޭތި ކަރަންޓު ޖައްސާ (ޙަރާމް އެއްޗެއް) ކަމަށް ހެއްޔެވެ؟ ނޫނީ (ޝަރީޢަތާއި އެއްގޮތަށް) ޒަބަހަ ކުރާ އެއްޗެއް ކަމަށް ހެއްޔެވެ؟ އަހަރެމެން ބުނަނީ މިޙާލަތުގައި އޭގެ އަޞްލަކީ: ޙަލާލު ވުމެވެ. (އެބަހީ: ނޭގެންޔާ ރުޖޫޢަވާނީ އަހުލުކިތާބީންގެ މަހުގެ އަޞްލު ކަމަށްވާ ޙަލާލަށެވެ.) އެއީ ބުނެވިދިޔަ ދަލީލުތަކު މައްޗަށް ބުރަވެއެވެ. އަދި މިޙާލަތުގައި ޙަރާމް އަކީ އިސްތިޘްނާ ޙާލަތެވެ. އަދި ސާފު ދަލީލެއްގެ މައްޗަށް މެނުވީ އެނޫން އެއްޗަކަށް އެ ބަދަލުވުމެއް ނުވެއެވެ.“
އަލްޢުޘައިމީން ވިދާޅުވިއެވެ: ”އަހުލު ކިތާބީން، އެބަހީ ޔަހޫދީންނާއި ނަޞާރާއިން އަތުން، އަންނަ އެއްގަމު މަހުގެ އަޞްލަކީ އެއީ ޙަލާލުކަމެވެ. އެއީ އިސްލާމީ ބިންތަކުން އަންނަ އެއްގަމު މަހުގެ އަޞްލަކީ ވެސް ޙަލާލު ކަމުގައި ވާފަދައިންނެވެ. އެއީ އެވެރިން ޛަބަހަ ކުރިގޮތް (ސީދާ) އަހަރެމެންނަށް ނޭގުނަސް އެވެ.
އަދި ﷲ ގެ އިސްމުފުޅު އެވެރިން ނަންގަތްތޯ ނުވަތަ ނޫންތޯ އާއި މެދު ނޭގުނަސް އެވެ. އެހެނީ އޭގެ އަހުލުންގެ ޢަމަލުގެ އަޞްލަކީ އެކަން ދެކުން ވަނީސަލާމަތްތެރި އަދި ހެޔޮގޮތުގައި ކަމެވެ. އެއީ އަހަރެމެންނަށް އެކަން އޮތީ ސަލާމަތް އަދި ރަނގަޅުގޮތަށް ނޫންކަން ބަޔާން ވުމާއި ހަމައަށެވެ.“
އަދި ބައިނަލްއަޤްވާމީ އިސްލާމީ ފިޤުހު އެކެޑެމީގެ ޤަރާރުގައި ވެއެވެ: ”ޝަރުޢީ ގޮތާއި ޚިލާފަށް އޭތި ކަތިލާފައިވާކަން އެވެރިންނަށް ޘާބިތު ނުވާހާ ހިނދަކު، ޣައިރު މުސްލިމުންގެ ބިންތަކަށް ޒިޔާރަތް ކުރާ ނޫނީ ދިރިއުޅޭ މުސްލިމުތަކުންނަށް އަހުލުކިތާބީން ކަތިލާތަކެތި ކެއުން ހުއްދައެވެ. އެއީ ޝަރުޢީ ގޮތުން ހުއްދަ ޖަނަވާރުތަކުގައެވެ. އެއީ އެކާއެއްޗަށް ޙަރާމް އެއްޗެއް (ރާކަހަލަ) ނާޅާ ހުރިކަން ޔަގީން ކޮށްފައެވެ.“—اهـ.
▫️(ށ)▫️
އެޤައުމު އެނގޭ އަދި ކަތިލާ މީހާ (އެވެރިންގެ ދީން، ނޫނީ އެފެކްޓަރީ، ކޮމްޕެނީ) އެނގިގެން އަންނަ އެއްގަމުމަސް. މީގެ ޙާލަތްތައްވެސް 3 ބަޔަކަށް ބެހެއެވެ:
(١) ސެކިއުލަރިސްޓުން ނުވަތަ އަހުލުކިތާބީން-ފިޔަވައި ބަޔެއްކަން އެނގިއްޖެނަމަ: އެތަކެތި ކެއުން ޙަރާމެވެ.
ސެކިއުލަރިސްޓުންނަކީ އެއްވެސް ދީނެއް އެވެރިންނަށް ނުވާބައެކެވެ. ހުއްދަ ވެގެންވަނީ ހަމައެކަނި އަހުލު ކިތާބީންގެ ޛަބަޙައެވެ. ޢަލްމާނީންގެއެއް ނޫނެވެ.
(٢) އިސްލާމީ ޛަބަޙައިގެ މިންގަނޑުން ބޭރުކަމެއް ކޮށްފައިވާ ކަން ސީދާ އެނގިއްޖެނަމަ: އެތަކެތި ކެއުން ޖުމްހޫރުންގެ ގާތު ޙަރާމެވެ.
އެއީ ކަރަންޓު ޖައްސައި ނޫނީ ޣަރަޤުކޮށް ނޫނީ މިފަދަ ކަންކަން ކުރުމެވެ: ޖުމްހޫރު ޢިލްމުވެރިންގެ ގާތު މިބާވަތުގެ ތަކެތި ކެއުން ޙަލާލުވެގެން ނުވެއެވެ. އަލްޢަލްވާން ވިދާޅުވިއެވެ: ”މިއީ ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅުގެ މަތީން ޙަރާމްވެގެންވާ ބާވަތެކެވެ. އެއީ އަބޫ ޙަނީފާއާއި އައްޝާފިޢީ އާއި އަޙްމަދު ފަދައެވެ. ބައެއް މީހުން މިކަމުގެ މައްޗަށް އިޖުމާއި ވާކަމުގައި ބުނެއެވެ. އެހެނަސް އިޖުމާޢުއެއް ނުވެއެވެ. އެހެނަސް މިއީ ޖުމްހޫރުންގެ ޤަޥްލެވެ. މިމައްސަލާގައި އިޖުމާޢުއެއް ނެތެވެ.“
(٣) އަހުލުކިތާބީން ކަން އެނގިފައި، އެހެނަސް އެކަތިލިގޮތެއް ސީދާ އަހަރެމެންނަށް އެނގޭން ނެތުން: މިޙާލަތުގެ ތަފްޞީލު އިހުބަޔާންވެ ހިނގައްޖެއެވެ. [މަތީގައިވާ (ހ) ގެ (٣) އަށް ރުޖޫޢަވޭ]
3️⃣ އިސްލާމް ކަމަށް ނިސްބަތްވާ ދާރުލް ކުފްރުއް ޠާރިއު
(ހ) ގެންނަމަހުގެ ޙާލަތް އެނގުން: މީގައި ޝައްކެތްނެތެވެ. ޙަލާލެވެ.
(ށ) ގެންނަމަހުގެ ޙާލަތް ނޭނގުން:
މީހުންގެ އަސްލަކީ އިސްލާމްކަމެވެ. އެހެންކަމުން ކަތިލާތަކެތީގެ އަސްލަކީ އޭގެ އަސާސުގައި ޙަލާލެވެ.
ޢަބްދުލް ޤާދިރު ބުނު ޢަބްދުލް ޢަޒީޒް ވިދާޅުވިއެވެ: ”އެމީހާގެ ޙާލަތް ފޮރުވިފައިވިޔަސް ކަތިލި މީހަކީ (ބޭރުފުށުން) މުސްލިމެއްކަން އެނގޭނަމަ ނޫނީ ފޮތުގެ އަހުލުން (ޔަހޫދީ ނޫނީ ނަޞާރާއިން) ކަން އެނގޭނަމަ، އެ ޙަލާލުވެގެން ވެއެވެ.“
ޘާބިތު މުރުތައްދެއް ނަމަ: ޖުމްހޫރުންގެ ޤަވްލަކީ ހަރާމެވެ. އަދި މަދު ބައިގަޑެއް އެއާ ޚިލާފުވިއެވެ. މީގައި ރާޖިޙުއީ ޖުމްހޫރުންގެ ޤަޥްލެެވެ.
އެއްގަމު މަހުގެ ޙާލަތްތަކާއި އެތަކެތީގެ ޙުކުމް ދެނެގަތުމަށް ބޭނުންވާ މުޙިއްމު ބައެއް އުޞޫލުތަކުގެ ޚުލާޞާ
🔘➖➖➖➖➖➖➖
⬆️ އިސްބަސް
ބޭރު ޤައުމުތަކުން އެތެރެ ކުރެވޭ އެއްގަމު މަހުގެ ޙުކުމަކީ ޒަމާނުއްސުރެ ވަރަށް ބޮޑު ބަޙުޘް އެއް އުފެދިފައިވާ މައްސަލައެކެވެ. އަދި ޢާންމުންގެ ގިނަބަޔެއް މިއަށް ފަރުވާ ކުޑަކޮށްލާފައިވާ އިރު، އަނެއް ބަޔަކު މިމައްސަލާގައި ހަރުކަށިވެފައިވެއެވެ.
އަދި އެބައެއްގެ ދީނަށް ވަރަޢަވެރި ގިނަ ބަޔަކަށް މިކަމުގައި ހަރުކަށި ނަޒަރަކީ ތަޤުވާވެރިކަމާއި ދީނާއި ގާތްގޮތް ކަމަށްވެސް ބެލެވިފައިވެސް ވެއެވެ.
އެހެނަސް ކަމުގެ ޙަޤީޤަތަކީ، ދީނީ އެހެނިހެން ކަންކަމެކޭ އެއްފަދައިން، އެއްގަމު މަހުގެ މައްސަލާގައި ހަރުކަށި ނުވުމީ، ޝަރުޢުން ޘާބިތު ކަމެކެވެ. އަދި ގިނަ ބަޔަކަށް މި އަސާސުތައް ނެގެވޭ އުޞޫލުތަކަށް ޖާހިލުވެފައި ވުމުން، އެއަށް އަލިއަޅުވާލައި ލިޔުމެއް އެކުލަވާލަން ގަސްދު ކުރީމެވެ.
މިލިޔުން މައިގަނޑު ގޮތެއްގައި އެކުލަވައިލީ އަހަރެމެން ކުރިން ޚުލާޞާކޮށްފައިވާ "ކާފަރު ޤައުމުތަކުން އެތެރެކުރެވޭ މަހުގެ ޙުކުމް" އާއި ބެހޭ ޗާޓުގެ މައްޗަށެވެ. (ބަލައިލުމަށް)
ވީމާ މިލިޔުމުގެ އޮނިގަނޑު ބިނާ ވެފައި ވާނީ،
⬆️ޝެއިޚް ސުލައިމާން އަލްޢަލްވާން އާއި
⬆️ޝެއިޚް މުޙައްމަދު ޞާލިޙް އަލްޢުޘައިމީން އާއި
⬆️ޝެއިޚް ޢަބްދުލް ޢަޒީޒް އައްޠަރީފީ
ގެ އިޚްތިޔާރުތަކަށެވެ.
ދެން އޭގެ ތެރެއަށް
⬆️ޝެއިޚް ތުރްކީ ބިންޢަލީ ، ނަޤުލުކުރެއްވި
⬆️ޝެއިޚް ސައްޔިދް އިމާމް އައްޝަރީފް
އިޚްތިޔާރުކޮށް، ގެންނެވި އުޞޫލުތަކާއި،
⬆️ޝެއިޚް ޙައްސާން ޙުސައިނުއް ޞޫމާލީ
ގެންނެވި އަގުހުރި އުޞޫލުތަކެއް ޖަމަޢަކޮށް އޭގެ މައްޗަށްވާ
😀ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ އާއި
😀އަލްޢައްލާމާ، އިބްނުލް ޤައްޔިމް
ގެ ބައެއް އިޚްތިޔާރުތައް އެކުލަވައިލައި ވީހާވެސް ޚުލާޞަވީ ގެނެސްދެމެވެ.
އުއްމީދަކީ ގިނަ ބަޔަކަށް މިމައްސަލާގައި އަރައިފައިވާ އޮޅުންތައް ފިލައިދިޔުމެވެ. އެހެނީ ކަންކަމުގެ ޙުކުމް ނިންމުމުގައި ޢިލްމުވެރިން ނަންގަވާ އުޞޫލުތައް ދަނެގަތުމުން އެނިންމެވުމަށް އެބޭކަލުން ވަޑައިގެންނެވި ގޮތް ފަހުމް ވާން ފަސޭހަވުމެވެ. އަދި މީގެ އަޞްލަކީ ފޮތާއި ސުންނަތެވެ. އަދި ތަޤުވާއާއި ޝުބުހުން ރައްކާތެރިވުމީ ﷲ އާއި ރަސޫލު އެންގެވި ގޮތަށް އެޢަމަލު ބެހެއްޓުމެވެ.
~ ގަލަންދާނު 🖋
❝ Caution: The issue of obscure meat (Al-Dhabāʾiḥ Al-Majhūlah) and consuming from them should not be a subject of dispute or conflict among Muslims, as it is a matter of ijtihād. A person may see that doubt is strong in a situation, so he does not eat from that meat, while another person’s opinion may differ. As long as the matter is possible (in either way), there is no denunciation in matters subject to possibilities. Rather, it is only denounced (inkār) in matters that are clear and explicit, such as when someone eats from the slaughter of an apostate whose apostasy is apparent. This is because it is akin to eating dead meat, making it necessary to denounce him. ❞
— Excerpt from the Book: “Issues Of Jurisprudence Of Newly Arisen Matters — Collection of miscellaneous issues and research” (page 210)
[Prepared by: Dīwān Al-Da'wah Wal-Masājid]
تنبيه لا ينبغي أن تكون مسألة الذبائح المجهولة والأكل منها محل خصومة ونزاع بين المسلمين، لأنها مسألة اجتهادية، فقد يرى شخص أن الشبهة قوية في موضع فلا يأكل من ذبائحه بينما يكون رأي الآخر بخلافه، وما دام الأمر محتملا فلا إنكار في المحتملات، وإنما يُنكر في شيء صريح واضح كمن يأكل من ذبيحة مرتد ظاهر الردة، فهذا كأكل الميتة لذا يجب الإنكار عليه
🔴ކާފަރުންގެ ޢީދު ޙަފުލާ ތަކުގައި ތައްޔާރު ކުރެވޭ ކާތަކެތި ހަދިޔާގެ ގޮތުގައި ބަލައިގަތުމާއި ކެއުމުގެ ޙުކުމް، އަދި އޭގެ މައްޗަށްވާ ޝަރުޠުތައް — އަދި މީގެ މައްޗަށް: ބިދުޢަވެރި ޙަފުލާތަކުގެ ކާތަކެތި ބަލައިގަތުމުގެ ޙުކުމް
①
⬆️ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله (اقتضاء الصراط المستقيم لمخالفة أصحاب الجحيم ٢/٥١) ގައި ވިދާޅުވިއެވެ:
❞ ދެންފަހެ އެވެރިންގެ (ކާފަރުންގެ) ޢީދު ދުވަސްތަކުގައި އެވެރިންގެ ފުށުން ހަދިޔާ ޤަބޫލުކުރުމާއި މެދު، ދަންނައެ، އިސްވެ އަހަރެމެން ޢަލީ -رضي الله عنه- އަރިހުން ނަޤުލުކުރި ފަދައިން، އެކަލޭގެފާނަށް (މަޖޫސީ އާއަހަރު) ނައުރޫޒް އިން (އެދުވަހުގައި) ހަދިޔާއެއް ގެނެވުމުން އެ ޤަބޫލުކުރެއްވިއެވެ.
އަދި އިބްނު އަބީ ޝައިބާ "އަލްމުޞައްނަފް" ގައި ރިވާކުރެއްވިއޭ: ޖަރީރު އަހަރެމެން ގާތު ބުންޏޭ، ޤާބޫސްގެ އަރިހުން އެކަލޭގެފާނުގެ ބައްޕަގެ އަރިހުން، ވިދާޅުވިޔޭ: އަންހެނަކު ޢާއިޝަތުގެފާނު އަރިހު ސުވާލު ދެންނެވިޔޭ: ”މަޖޫސީ ކިރުމައިން ތަކެއް އަހަރެމެންގާތު އެބަ ތިއްބެވެ. އެމީހުންގެ ޢީދެއް އައިސްފިނަމަ އެމީހުން އަހަރެނެންނަށް ހަދިޔާދީ ހަދައެވެ.“
އެހެންކަމުން އެކަމަނާ (ޢާއިޝަތުގެފާނު) ވިދާޅުވިއެވެ: ”ދެންފަހެ އެއުރެން އެދުވަހު ޒަބަހަ ކުރާތަކެތި، ދަންނައެ، އޭގެން ނުކާށެވެ. އެހެނަސް އެވެރިންގެ ގޮވާން ތަކުން ކާށެވެ. (އެބަހީ އެދުވަހުގެ މުނާސަބާތުގައި ކަތިލެވޭ ތަކެތި ނޫން، ގަސްގަހުގައި ގަންނަ މޭވާ ތަރުކާރީ ފަދަ ހަދިޔާތަކުގައި ހިފާށޭއެވެ.)
އަދިވެސް އެކަލޭގެފާނު (އެބަހީ: އިބްނު އަބީ ޝައިބާ) ރިވާކުރެއްވިޔޭ: ވަކީޢު އަހަރެމެން ގާތު ބުންޏޭ، އަލްޙަސަން ބުނު ޙަކީމުގެ އަރިހުން، އެކަލޭގެފާނުގެ މަންމާގެ އަރިހުން، އަބޫ ބަރްޒާ ގެ އަރިހުން: އެކަލޭގެފާނު (އަބޫ ބަރްޒާ) މަޖޫސީންގެ އަވަށެއްގައި އުޅުއްވިޔޭ އެވެ. އެހެންކަމުން އެއުރެން ނައުރޫޒާއި މަހްރަޖާނުގެ ޙަފުލާތަކުގައި އެކަލޭގެފާނަށް ހަދިޔާދީ ހަދަތެވެ.
އެހެންކަމުން އެކަލޭގެފާނުގެ އަހުލުންނަށް އެކަލޭގެފާނު ވިދާޅުވެތެވެ: ”އޭގައި މޭވާތަކެއް ވާނަމަ، ފަހެ އެއިން ކާށެވެ. އަދި އެނޫން ތަކެތި ރައްދުކުރާށެވެ.“
މިހެންކަމުން މިއެންމެހާ އެއްޗަކުން ދަލީލުކޮށްދެނީ ޢީދެއްގެ ސަބަބުން އެއިން ލިބޭ އެއުރެންގެ ހަދިޔާ ޤަބޫލު ކުރުމުން މަނަޢު އެއް ނުވާ ކަމެވެ.
އަދިކިއެއްހެއްޔެވެ؟ ޢީދުތަކުގައި ހަދިޔާގައި ހިފުމުގެ ޙުކުމަކީ އެނޫން ދުވަސްތަކުގައި ހަދިޔާގައި ހިފުމާއި ހަމަ އެއް ޙުކުމެކެވެ. އެހެނީ އޭގައި އެވެރިންގެ ކުފުރުގެ ޝިޢާރުތަކަށް ވާގިވެރިވުން ނުހިމެނެއެވެ.
އެހެނަސް، ޙަރުބީ ކާފަރުން (އެބަހީ އަހުދެއްނެތް ހަނގުރާމައިގެ ޙާލަތުގައި ތިބި ކާފަރުން) އަދި ޛިންމީންގެ ފުށުން ހަދިޔާ ޤަބޫލު ކުރުމުގެ މައްސަލަ، މިއީ މުޅިން އެހެން މަޢުޟޫއެކެވެ. އެކަމުގައި ޚިލާފުތަކެއް ވެއެވެ. އަދި ތަފްޞީލުތަކެއްވެސް އެކުލެވެއެވެ. އަދި (މިހާރު މިދެކެވޭ ނުކުތާ) މިއީ، އެތަފްޞީލަށް ދިޔުމުގެ ތަންވަޅެއް ނޫނެވެ.
އަދި އަހުލު ކިތާބީންގެ ޢީދުތަކުގައި ތައްޔާރުކުރެވޭ ކާތަކެތި ކެއުމީ ހުއްދަކަމެކެވެ. އެތަކެތި ގަނެގެން ނޫނީ ހަދިޔާގެ ގޮތުގައި ނޫނީ އެނޫންގޮތަކުން ލިބިގެން ވިޔަސްއެވެ. އެއަކީ ޢީދަށްޓަކައި އެވެރިން ކަތިލި އެއްޗެއް ކަމުގައި އެނުވާހާ ހިނދަކުއެވެ. ދެންފަހެ މާޖޫސީން ކަތިލާ ތަކެއްޗާއި މެދު ދަންނައެ، އޭގެ ޙުކުމަކީ އެނގިބަޔާންވެގެންވާ ފަދައިން، ޢާންމުކޮށްވެސް ޙަރާމް އެއްޗެކެވެ. (ޢީދެއް ނޫނީ އެނޫން ދުވަހެއް ވިޔަސްއެވެ.) ❝ اهـ. (عربي)
📝 މީގެ މައްޗަށް ބަލައި، އަހަރެމެން ބުނަމެވެ:
އަދި ޢިލްމުވެރިން ބިދުޢައިގެ ދުވަސް ތަކުގައި ތައްޔާރުކުރެވޭ ތަކެތި ގަނެގެން ނޫނީ ހަދިޔާއެއްގެ ގޮތުގައި ލިބިއްޖެނަމަ ޤަބޫލު ކުރުމާއި މެދު ޚިލާފުވެލެއްވިއެވެ. އަދި އެ ހުއްދަ ނޫން ކަމަށް ވިދާޅުވާ ގިނަ ބޭކަލުންގެ ޤަޥްލަށް ބަލާއިރު އެބޭކަލުން އެ ނަހީ ކުރައްވަނީ، ބިދުޢަޔަށް "އިންކާރުކުރުމާއި ނުރުހުން ފާޅުކުރުމުގެ" ބާބުގެ ދަށުންނެވެ. އަދި އެހެނަސް އެތަކެތި އޭގެ ޒާތުގައި ހުއްދަތޯ ، މި ބާބުގެ ދަށުންނެއް ނޫނެވެ.
⬆️އެގޮތުން ޝެއިޚް މުނައްޖިދު، ޢީދުމީލާދުގައި ތައްޔާރު ކުރެވިއްޖެ ހަލުވާ އާއި މެދު ސުވާލުވެވުމުން ވިދާޅުވިއެވެ:
❞ އެ ޙަފުލާއަށް މަދަދުދެވޭ ކޮންމެ ކަމެއްވެސް ހުއްދައެއް ނޫނެވެ. އެއީ އެފަދަ ހަލުވާ ބަހައިދީގެން ނޫނީ އެފަދަކަމަކުންވިޔަސްއެވެ. އެހެނަސް މީހަކު އެ ޙަފުލާގައި ވިއްކާ ހަލުވާއެއް އޭގެން ބޭރުގައި ގަނެ، އޭނާ އަދި އޭނާގެ ދަރިން އެއިން ކެއުމުގައި މައްސަލައެއް ނެތެވެ. (ފިޤުހީ އުޞޫލީ) އެއްޗެއްގެ އަޞްލަކީ ހުއްދަކަމެވެ.❝
އަދި މިއީ ޝެއިޚުގެ ފަތުވާބޯޑު (islamqa) ގައި ހިމެނޭ ފަތުވާތަކުގައި އެފަދަ ތަކެތި ޙުއްދާނޫން ކަމުގައި ފަތުވާ އެކުލެވޭ ހިނދުގައެވެ. މީގެން ދޭހަވާނީ އެތަކެތި މަނައު ކުރާ ގިނަ ބޭކަލެއް، އެ މަނައު ކުރައްވަނީ އޭގެ އަޞްލަށް ނޫންކަމެވެ. ﷲ أعلم.
=
⏺«ރަސޫލާ صلى الله عليه وسلم ގެ ޢީދުމީލާދު ޙަރާމް ވުމުގެ މައިގަނޑު 3 ސަބަބު» ~ގަލަންދާނު (ފޮޓޯ HD ފައިލް)
Читать полностью…⬆️ ❞ މުސްލިމުންގެ ހިތްތަކުގައި އެފަދަ ގަދަރުވެރި ކީރިތި މިސްކިތް މިހާރު ނަޖިސް ކުރަމުން އެގެންދަނީ ޔަހޫދީންގެ ފައިތިލަތަކެވެ. އެބައިމީހުންގެ ފައިން ޙަޤީޤަތުގައި އެ އަރަނީ އިސްލާމީ އުންމަތުގެ ބޮލަށެވެ. އެކަން ހުއްޓުވުމަށް މަސައްކަތް ކުރުމަކީ ހުރިހައި މުސްލިމުންގެ ވާޖިބަކަށް ނުވާނެތޯއެވެ؟ ޝައްކެއްނެތެވެ. އަލްމަސްޖިދުލްއަޤްޞާ އާއި، އެތާގެ ބިން، ޔަހޫދީންގެ އަތުން އަތުލައި ސަލާމަތްކުރުމަށްޓަކައި ޖިހާދު ކުރުމަކީ ހުރިހައި މުސްލިމުންގެ ވާޖިބަކަށް ނުވާނެތޯއެވެ. ތެދެކެވެ. އަލްމަސްޖިދުލްއަޤްޞާ އަކީ މުސްލިމުންގެ ތަނެކެވެ. މުސްލިމުންގެ ޙައްޤެކެވެ. އެ ޙައްޤު ލިބިގަތުމަށްޓަކައި ޖިހާދު ކުރަމުންދާ ބައިގައިވުމުގެ އަޒުމް ...އައުކުރަމާ ހިންގަވާށެވެ! ❝
— މުޙައްމަދު ޖަމީލު ދީދީ، (ފަތްތޫރަ، އަދަދު 20 )
ނޮވެންބަރ 1980 ކ.ތ.
~ ގަލަންދާނު 🖋
"The people of Ghazzah die so that ʿizzah (glory) can live on. How many a people sell ʿizzah so that they could live on humiliated. They realized the value of life, but not the value of dignity." — 'Abdul 'Azīz al-Tarīfī #GazaGenocide
~ Galandān [via X]
”ހަށިވިއްކާ އަންހެނެއް ކުއްތާއަކަށް ކުރި ރަޙުމް ގެ ސަބަބުން ﷲ ގެ މަޣްފިރަތު ޙާޞިލުވީހިނދު، މުސްލިމުންގެ ޔަތީމުކުދީންނާއި، ނިކަމެތީންނާއި ޢާންމުންނަށް ރަޙުމްކޮށްފުމީ ﷲ ގެ ރަޙުމަތާއި މަޣްފިރަތު ލިބިއްޖައުމެކެވެ. އަދި ރަޙުމް ނުކުރާ މީހަކަށް ރަޙުމް ކުރެއްވުން ނުވެއެވެ.“
— އަލްޢަލްވާން (عربي | Eng)
~ ގަލަންދާނު 🖋