ޢިލްމު އަދި އެއަށް ލޯބިކުރާ ދަރިވަރުންނަށް Notes by, ibn Fahmī Dīdī عفا الله عنه Friends & family 🤖 Contact: @galandan_bot 🌐 English: @galandaan
It is Sunnah to look at the sky when supplicating ˹outside the prayer˺, which is more awe-inspiring and insistent.
▶️قَدۡ نَرَىٰ تَقَلُّبَ وَجۡهِكَ فِى ٱلسَّمَآءِۖ◀️
Indeed, We see you ˹O Prophet˺ turning your face towards heaven.
It is an abandoned Sunnah.
Al-Miqdād said: The Prophet ﷺ raised his head to the sky, so I said to myself: “Now he is supplicating.”
— ʿAbdul ʿAzīz Al-Ṭarīfī
~ Galandān 🖋
يسن النظر إلى السماء عند الدعاء وهو أهيب وألح (قَدْ نَرَى تَقَلُّبَ وَجْهِكَ فِي السَّمَاءِ) وهو سنة مهجورة قال المقداد: رفع النبي عليه الصلاة والسلام رأسه إلى السماء فقلت: الآن يدعو. Читать полностью…
⚠️އަދި ބައެއްމީހުން ދައުވާ ކުރާފަދައިން، އަޑުހަރުކޮށް ކިޔައިގެން ދިކުރުގައި އޮޅުން އެރުން، މިއާއިމެދު ދަންނައެ: ފަހެ މިއީ އޭނާ އޭނާގެ ޛިކުރުގައި ފަރުވާތެރި ނުވެ ހުރުމުގެ ސަބަބުން ވާކަމެވެ. (އަޑުހަރުވުމުގެ ސަބަބުންނެއް ނޫނެވެ.) މިއާ ޚިލާފަށް އެމީހެއްގެ ޛިކުރަށް ފަރުވާތެރިވެ ހުރެއްޖެ މީހާ، އޭނާއަށް ކިޔޭ ނުކިޔޭ އޮޅުން އަރައިގެން ނުދެއެވެ. ❝
(ނޯޓް) ❞ އަދި އަޑު ފާޅުކުރުން (الجهر) ގެ މާނައަކީ، އަނެކާއަށް އަޑު އިވުމުގެ ޤަޞްދާއިއެކު އަޑު ގަދަކޮށްލުމެވެ. އެއީ އަނެކާއަށް އެއަޑު ނުއިވުނަސް އެވެ. އަދި (الإسرار) ސިއްރުން ކިޔުމުގެ މާނައީ: އަނެކާއަށް އިއްވުމުގެ ޤަޞްދު ނުވާ ގޮތުގައި އަޑު މަޑު ކުރުމެވެ. އެއީ އެހެން މީހަކަށް އެޑައު އިވުނަސް އެވެ.
މިބުނެވުނު މިކަމުގެ ސާފު އަޞްލަކީ، الجهر އާއި الإسرار ދެމެދު ފަރަޤު ކުރުމަށް ނުހަނު ފައިދާހުރި އެއްޗެކެވެ.
އެގޮތުން: الجهر ގައި މިވަނީ އަޑުހަރު ކުރުމެވެ. އަދި الإسرار ގައި މިވަނީ އަޑު މަޑުކުރުމެވެ.
އަދި الجهرގައި ވަނީ އަނެކާއަށް އަޑު އިއްވުމުގެ ޤަޞްދެވެ. އަޑު ނީވުނެއް ކަމަކުއެވެ. އެއީ މިޘާލަކަށް ބީރުކަމެއް ހުރި މީހަކަށް ވެގެން ނޫނީ ދުރުގައި ހުރުމުން ފަދައެވެ.
އަދި الإسرار ގައި އަނެކާއަށް އަޑު އިއްވުމުގެ ޤަޞްދެއް ނޯވެއެވެ. އަޑު އިވުނެއް ކަމަކުއެވެ. އެއީ މިޘާލަކަށް ކަންފަތް ތޫނު މީހެއް ނޫނީ ވަރަށް ކައިރީގައި ހުރި މީހެއް ފަދައެވެ.
މިފަރަޤުގެ ތަފްޞީލަކީ ޢިލްމީގޮތުން އޮޅުން ބޮޑު ކަމެއްގެ ކަވި ތަފްޞީލެކެވެ. އަބުލް ފަތުޙް އިބްނު ދަޤީޤުލް ޢީދު އަލްމާލިކީ އައްޝާފިޢީ ކަކޭގެފާނު ޚުދު الجهر އާއި الإسرار ފަރަޤު އެނގިވަޑައި ނުގަންނަވާކަމުގައި ވިދާޅުވިއެވެ. އެއީ އެކަލޭގެފާނީ މީސްތަކުން ތެރެއިން އެންމެ ވިސްނުންތޫނު އެއްބޭފުޅަކަށް ވީހިނދުގައެވެ. އެހެނަސް މިމައްސަލައަކީ ނުލާހިކު ނުސާފުކަންބޮޑު މައްސަލައެއް ކަމުގައިވެފައި، އޭގައި ރާޖިޙު ބަހެއް އެކަލޭގެފާނަށް އެނގިވަޑައިނުގެންނެވުމުން، އެކަން އަމިއްލަ ނަފުސަށް ނޭނގޭ ކަމުގައި ނިންމެވީއެވެ. ❝
— ޞާލިޙް އަލްޢުޞައިމީ (ޝަރްޙް ބާޤިޔާތުއް ޞާލިޙާތު، ޞ. 30 ، 31 )
~ ގަލަންދާނު 🖋
The Sunnah, according to some people, is that it should all be recited quietly. According to others—which is the most correct opinion, and Allah knows best—it should all be recited aloud, except for Ayat al-Kursī, which was excluded by consensus. This is because those who say that the remembrances should be recited quietly or aloud have both excluded Ayat al-Kursī from being recited aloud, placing it in the category of what should be recited silently. Thus, reading it silently is specific to it, unlike all the other remembrances that come after the prayer.
What is meant by "raising" the voice is an action that does not disturb others, such as when a person is praying and wishes to complete their prayer. If someone is praying nearby and is continuing to complete a rakʿah or two, then the person should not recite aloud, lest they disturb that individual.
However, if he is in the presence of a group of people gathered together who have prayed the prayer in full—like our prayer these days in the Ḥaram (the Sacred Mosque)—as those who haven't completed it are almost always outside the Ḥaram, then this does not cause any harm to other Muslims. There is no one praying at that time; rather, everyone is reciting Adhkār, and everyone is reciting aloud, taking charge of their own remembrance. What some people claim—that raising the voice confuses someone in the midst of recitation—is due to their lack of care in taking charge of their remembrances; otherwise, someone who is concerned with controlling their remembrance knows what they are saying.❞
— Shaykh Ṣāliḥ Al-ʿUṣaymī (Sharḥ Bāqiyāt Al-Ṣāliḥāt, p. 30-31)
~ Galandān 🖋
⚠️ ފަރުޟު ނަމާދުތައް ނިމުމުން ސަލާމް ދިނުމާއި އެކު الله أكبر ކިޔައި ތަކްބީރު ކިޔުމުގެ މައްސަލަ
❞ އިބްނު ޢައްބާސްގެ މިޙަދީޘް މައްޗަށް، އިމާމު މީހާ (އަދި މައުމޫމުން) ސަލާމްދީ ނިމުމަށްފަހު ތަކްބީރު ކިޔުން ޝަރުޢުވެގެންވޭ ހެއްޔެވެ؟ އެކަލޭގެފާނު رضي الله عنهما ވިދާޅުވިޔޭ: ”ނަބިއްޔު ﷺ ނަމާދުން އަވަދިވެވަޑައިގަތްކަން އަހަރެންނަށް އެނގެނީ ތަކްބީރުގެ ސަބަބުންނެވެ.“⁽¹⁾
ބައެއް ފިޤުހުވެރިންނަށް މިޙަދީޘުން ފަހުމުވެވަޑައިގަތީ އިމާމު މީހާ ސަލާމް ދިނުމާއި އެކު: ”الله أكبر“ އޭ ކިޔުން ކަމުގައެވެ. އަދި އަބޫ ދާވޫދު މިޙަދީޘު ލިޔުއްވި އިރުގައި އެ ބާބު ކުރެއްވީ ”ބާބު: ނަމާދަށް ފަހުގައިވާ ތަކްބީރު“ — މީގެ ދަށުންނެވެ. އެހެނަސް މިއީ ބަލިކަށި ޤަޥްލެކެވެ. އެއީ ތަފާތު އެތައް ސަބަބެއްގެ މައްޗަށެވެ:
⬆️ ފުރަތަމަ ކަމަކީ: ނަބިއްޔު ﷺ ސަލާމްދެއްވުމާޢި "ވިދިގެން" ތަކްބީރު ކިޔުއްވައެކޭ އިބްނު ޢައްބާސް رَضِيَ ٱللَّٰهُ عَنْهُ ވިދާޅެއް ނުވެއެވެ. އެހެނަސް ވިދާޅުވީ ނަމާދުން އަވަދިވެޑައިގަންނަވައިފި ކަން އެނގެނީ އެކަމުން ކަމުގައެވެ. އެބަހީ އިރުގަނޑެއްގެ ފަހެވެ. އެހެނީ ނަމާދުން އަވަދިވުން އަޞްލުގައި އެނގިގެންދަނީ ސަލާމް ގެ އަޑުންނެވެ. އަދި މިތާނގައި އިބްނު ޢައްބާސް މިވިދާޅުވީ ތަކްބީރުގެ ވާހަކައެވެ. ވީމާ މިއިން އަންގައިދެނީ އެއީ އިރުގަނޑެއްގެފަސް ކަމެވެ.
⬆️ދެވަނަ ކަމަކީ: އިމާމް މުސްލިމް ގެ "ޞަޙީޙު" ގައި ޘަޥްބާނުގެފާނުގެ އަރިހުން ވާރިދުވެފައިވެއެވެ: ރަސޫލު ﷲ ﷺ ނަމާދުން އަވަދިވެވަޑައިގަންނަވާ ހިނދު، 3 ފަހަރު އިސްތިޣްފާރު ކުރެއްވުމަށްފަހު، «اللهم أنت السلام ومنك السلام،تباركت ذا الجلال والإكرام» މިހެން ޛިކުރު ކުރައްވައެވެ.“⁽²⁾ ދެން މީސްތަކުންނާ ދިމާލަށް އެނބުރިވަޑައިގަންނަވައެވެ. އެހެންކަމުން ނަމާދުން އަވަދިވުމާއިއެކު ނަބިއްޔު ﷺ ފުރަތަމަ ފައްޓަވާ އެއްޗަކީ މިއީއެވެ.
⬆️ތިންވަނަ ކަމަކީ: މިކަންތަކީ އެއްވެސް ޞަޙާބީއެއް އަރިހުން އެއްވެސް ގޮތެއްގައި އައިސްފައިވާ ކަމަކަށް ނުވުމެވެ. އަދި އެބޭކަލުންނީ އޭގެ ފަހުން އައި މީސްތަކުންނަށްވުރެ ނައްޞުތައް ފަހުމް ކުރެއްވުމުގައި އެންމެ މޮޅުއިތުރު ބޭކަލުންނެވެ. މިހެންކަމުން މިކަންތައް މިފަދައިން ފަހުމްވި މީހުން ކަމުގައިވީ އެބޭކަލުންނަށްވުރެ ފަހުން އައިމީހުންނެވެ. އަދި މިއީ އެއްވެސް އަޞްޙާބު ބޭކަލެއްގެ ޤަވްލެއް ނެތް ކަމެކެވެ.
⬆️ހަތަރުވަނަ ކަމަކީ: އިބްނު ޢައްބާސް ގެ މިރިވާޔަތުގެ ލަފުޡު ތައް ތަފާތުކޮށް އައިސްފައި ވުމެވެ. އެގޮތުން ބައެއް ފަހަރު ތަކްބީރޭ އޮތް އިރު، އަނެއްބައި ފަހަރަށް ވަނީ ޛިކުރު ⁽³⁾ ކަމުގައެވެ. އަދި "ޛިކުރު" ގެ ތެރޭ އިސްތިޣްފާރު ޝާމިލުވެއެވެ. އަދި اللهم أنت السلام.. އާއި މިނޫން ތަކެތިވެސް ޝާމިލުވެއެވެ. އަދި އިބްނު ޢައްބާސް ތަކްބީރު ކަމަށް ވިދާޅުވި ބަސްފުޅު މާނަކުރަުންވަނީ، އިތުރުއެކަލޭގެފާނުން އިސްތިޣްފާރު ކުރައްވައި ﷲ ޛިކުރު ކުރައްވައި، سبحان الله والحمد لله والله أكبر ގެ ތަސްބީޙަތައް ކިޔުއްވުމުގެ މައްޗަށެވެ. އެހެންކަމުން އެއަށް ތަކްބީރޭ ވިދާޅުވެ ނަޤުލުކުރެވުނެވެ. އެހެނީ އޭރު އެކަލޭގެފާނު ވަރަށް ތުއްޕުޅެވެ. ނަބިއްޔު ﷺ އަވަހާރަވެވަޑައިގެންނެވިއިރު އެކަލޭގެފާނުގެ އުމުރުފުޅަކީ 13 އަހަރެވެ. އަދި މިއީ ނަބިއްޔު ﷺ އަވާހަރަވެވަޑައިގަތުމުގެވެސް އެތައް ޒަމާނެއް ކުރީގެ ވާހަކައެއް ކަމުގައިވެސް ވެދާނެއެވެ. ވީމާ އެއީ އެކަލޭގެފާނު ވަރަށް ތުއްޕުޅުއިރުގައެވެ.
⬆️އެންމެ ފަހު ކަމަކަށް: މިޙަދީޘަކީ ˺ޞަރީޙަކަމެއްނެތް˹ ޖުމްލަވީ މާނައެއްވާ ޙަދީޘެކެވެ. އަދި ޖުމްލަވީ މާނައިގައިވާ ޙަދީޘުތައް ވަނީ ސާފު ޞަރީޙާ ސީދާ ޙަދީޘުތަކަށް ރައްދުކުރުމެވެ. އަދި ˺ނަމާދުން އަވަދިވެވަޑައިގެން˹ ނަބިއްޔު ﷺ އިސްތިޣްފާރު ނޫން އެއްޗަކުން ނުފައްޓަވާ ކަމީ ސާފު ޞަރީޙާ ސީދާ ޙަދީޘުތަކުން އޮތް ޤަޥްލެވެ. ޢާއިޝާ رضي الله عنها ގެ ޙަދީޘާއި⁽⁴⁾ އެނޫން ޙަދީޘުތަކުން ދަލީލު އޮތީ މިފަދައިންނެވެ. އަދި އެއަށްފަހު ކިޔުއްވި ޛިކުރަކީ اللهم أنت السلام.. ކަމުގައެވެ. ދެން ޢަޞްޙާބުބޭކަލުންނާއި ދިމާލަށް އެނބުރިވަޑައިގެންނެވިކަމެވެ. ދެން ޙަދީޘްތަކުގައި ވާރިދުވެފައިވާ ފަދައިންް ﷲ جل وعلا އަށް ޛިކުރުތަސްބީޙަ ކިޔުއްވިކަމެވެ. ހުރިހާ ދަލީލުތަކާއި ނައްޞުތައް ޖަމަޢަކުރުމުން ފާޅުވާ އެއްޗަކީ މިއެވެ. ❝
— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން (އޯޑިއޯ)
~ ގަލަންދާނު 🖋
ــــــــــــــــ
[1] އިބްނު ޢައްބާސްގެ އަރިހުން: އަލްބުޚާރީ (842)، މުސްލިމް (583 a) (b 583)، އަބޫ ދާވޫދު (1002)، އައްނަސާއީ (1335)
[2] ޘަޥްބާން ގެ އަރިހުން، މުސްލިމް (591) ، އަބޫ ދާވޫދު (1513)، އައްތިރުމިޛީ (300)، އައްނަސާއީ 3/68، އިބްނު މާޖާ (928) ، އަޙްމަދު (5/275)، އައްދާރިމީ (1(311)، އަލްބައިޙަޤީ (2/183) އަދި އިބްނު ޚުޒައިމާ (1/363)
[3] އިބްނު ޢައްބާސްގެ އަރިހުން: އަލްބުޚާރީ (841) މުސްލިމަ (583 c) އަބޫ ދާވޫދު (1003)
[4] މުސްލިމް (592) އައްތިރުމިޛީ (298)، އަބޫ ދާވޫދު (1512)، އައްނަސާއީ (1338)، އިބްނު މާޖާ (924)
❝ The Muslims' joy at the calamity of their warring enemy is evidence of faith. The believer's soul experiences pain, and his heart feels anger, which Allah has alleviated with the calamity of his enemy.
▶️وَيَشۡفِ صُدُورَ قَوۡمٍ مُّؤۡمِنِينَ ▫️ وَيُذۡهِبۡ غَيۡظَ قُلُوبِهِمۡۗ◀️
“...and (through it) healing the breasts of a believing people * And removing rage from their hearts.” [At-Tawbah 14, 15] ❞
— ʿAbdul ʿAzīz Al-Ṭarīfī (text)
~ Galandān 🖋
❞ އިމްތިޙާނެއް ޖެއްސެވިފައިވާ މީހެއް ފެނިއްޖެނަމަ ދަންނާށެވެ. ﷲ ގެ ރަޙުމަތާއި އޯގާތެރިކަން ފިޔަވައި އެއްޗެއް، ތިބާއާއި އޭނާއާއި ދެމެދަކު ނުވެއެވެ. އަދި ޙަދީޘު ރިވާޔަތަކުން އައިސްފައި ވެއެވެ: (تظهر الشماتة لأخيك فيرحمه الله و يبتليك) ⁽¹⁾ ”ތިބާގެ އަޚާއަށް ލިބޭ ހިތްދަތިކަމުގައި އުފާވެރި ނުވާށެވެ. ފަހެ އޭނާއަށް ﷲ ރަޙުމް ކުރައްވަފާނެތެވެ. އަދި ތިބާއަށް ބަލާ ޖައްސަވާފާނެތެވެ. ❝
— ޢަބްދުލް ޢަޒީޒް އައްޠަރީފީ (ބަސްކޮޅު)
~ ގަލަންދާނު 🖋
ـــــــــــــــــــــ
[1] މިއީ ޘާބިތުނޫން ޙަދީޘެކެވެ. އެޙަދީޘު ނަބިއްޔު ﷺ އަށް ނިޞްބަތްވާ އެއްވެސް އަޞްލެއް ނުވެއެވެ. އެހެނަސް އެބަސްކޮޅުން ދޭހަވާ މާނަ ޞައްޙައެވެ. އަދި ޤުރުއާނާއި ސުންނަތުގެ ޢާންމު އިރުޝާދުތަކާއި އެއްބަސްވެއެވެ. އަދި ﷲ ވަޙީ ކުރެއްވިއެވެ: {يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا يَسۡخَرۡ قَوۡمٌ مِّن قَوۡمٍ عَسَىٰٓ أَن يَكُونُواْ خَيۡرًا مِّنۡهُمۡ} ”އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ.“Читать полностью…
އޮއްޓާއި ބެންޑޭޖުމަތީ ފެންފުހުމުގެ ފިޤުހު (3)
⬆️މިކަމުގެ ޞިފަ އަދި އޭގެ ޚުލާޞާ
❞ އޮއްޓު މަތީ ފެންފުހޭނޭ ގޮތް:
ސަލާމަތުން ހުރި ގުނަވަންތައް ފެނުން ދޮވެ ، އޮއްޓު އަޅާފައިވާ ނުވަތަ ބެންޑޭޖުކުރެވިފައިވާ ގުނަވަނާއި ހަމަޔަށް އާދެވުމުން އޭގެ މަތީ ފެންފުހޭނީއެވެ. އަދި ޒަޚަމް ނުފޮރުވައި ހުއްޓަސް ފެނުން ދޮވެގެން ނޭދެވޭ އަޘަރު ކުރާނެ ނަމަ ކަންތައް ކުރުންވަނީ ހަމަ މިބީދާއިންނެވެ. ފެން ފުހުމުން އެކަން ފުދޭނެއެވެ.
ޢިލްމުވެރިން ވަނީ ޚުއްފުގެ މަތީ ފެންފުހުމާއި އޮއްޓުގެ މަތީ ފެންފުހުމާއި ހުރި ފަރަޤުތައް ޛިކުރު ކުރައްވާފައެވެ. އަދި ޝެއިޚުލް އިސްލާމް "الفتاوى ٢١/ ١٧٦" ގައި އެކަންކަމަށް އިޝާރާތް ކުރެއްވިއެވެ. އެކަންކަމީ:
١. އޮއްޓު ގައި ފެންފުހުމީ ޢަޒީމާ ގެ ތެރެއިންވާ ކަމެކެވެ. އަދި ޚުއްފުގައި ފެންފުހުމީ ރުޚްޞަތެކެވެ. (އެބަހީ: އޮއްޓުގައި ފެން ފުހުމީ އަސާސީގޮތުން އެޙާލަތުގައި ކަންކުރަން ޖެހޭ ވާޖިބެވެ. އިޚްތިޔާރެއް ނޫނެވެ. އަދި ޚުއްފުގައި ފެންފުހުމީ އަސާސީ ޙުކުމް (ފައިދޮވުން) މައްޗަށް ލިބޭ ލުޔެކެވެ.)
٢. އޮއްޓުގައި ފެންފުހުން ވަކި މުއްދަތަކަށް ހިފެހެއްޓިފައި ނުވެއެވެ. އެހެނަސް ޚުއްފުގައި ފެންފުހެވުން ވަނީ ވަކި މުއްދަތަކަށެވެ. (އެއްދުވަސް ނޫނީ ދަތުރުގައި ތިން ދުވަސް މިކަހަލަގޮތަކަށް ވަޤުތު ކަނޑައެޅިފައެވެ.)
٣. އޮއްޓުގައި ފެންފުހުން ބޮޑު ޙަދަޘާއި ކުޑަ ޙަދަޘުން ޠާޙިރުވުމުގައި އެކުލެވެއެވެ. އެހެނަސް ޚުއްފުގައި ފެންފުހުމީ ކުޑަ ޙަދަޘުން ޠާހިރުވުމުގައި އެކަންޏެވެ.
٤. އޮއްޓުގައި ފެންފުހުމުގައި އޭގައި އެއްކޮށް (ވަށައިޖެހޭހެން) ފެންފުހެން ޖެހެއެވެ. މައްޗާއި ތިރިންވެސް މެއެވެ. އެހެނަސް ޚުއްފުގައި ފެންފުހުން ވަނީ އޭގެ މަތީބައިގައި އެކަންޏެވެ.
٥. އަދި ޞައްޙަ ޤަޥްލުގެ މައްޗަށް އޮއްޓުގައި ފެންފުހުމަށް އެއޮބިގަނޑު ގުނަވަނުގައި ފުރަތަމަ އަޅާއިރު، މީހާ ޠަހާރަތުގެ މަތީ ހުރުމީ ޝަރުޠެއް ނޫނެވެ. އެހެނަސް ޚުއްފުގައި އެކަން ޝަރުޠުވެގެން ވެއެވެ.
ފައިދާއެއް: ޞައްޙަ ޤަޥްލަކީ އޮއްޓުމަތީ ފެންފުހުމަކަށް ވަކި މުއްދަތެއް ކަނޑައެޅިފައި ނުވުމެވެ. އަދިކިއެއްތަ؟ އޭގެ ޢުޛުރު ފިލައި ދިޔުމާއި ހަމަޔަށް ފެންފުހެންވީއެވެ. (١/ ٢٠٥ الممتع)
⬆️ ވުޟޫއުގެ ފަރުޟު ގުނަވަނުން ކުރެ ގުނަވަނެއްގައި ހުރި ޒަޚަމެއްގައި ކަންތައް ކުރަންވީ ގޮތުގެ ޚުލާޞާ:
- އޭގައި އޮއްޓު ނޫނީ ބެންޑޭޖެއް އެޅިފައި ވާނަމަ: މީގައި ފެންފުހޭނީއެވެ. އަދި މިކަމުގައި އެއްވެސް ދެބަސްވުމެއް ނުވެއެވެ.
- އޭގައި އޮއްޓެއް އެޅިފައި ނުވާނަމަ: މިތާނގައި އެ ޒަޚަމް އާއިއެކީ ދޮންނާނީއެވެ. އޭގެ ސަބަބުން ގެންލުން ވާނެ ނަމަ، އޮތީ ފެންފުހުމެވެ. ފެންފުހެގެންވެސް ގެއްލުން ވާނެނަމަ، ދެން އޮތީ ފެންޖެއްސޭނެ ގުނަވަން ތަކުގައި ފެން ޖައްސައި ދޮވެ ވުޟޫއު ކުރުމަށްފަހު ނުޖެއްސޭ ގުނަވަނުގެ ބަދަލުގައި (ނިމިގެން) ތަޔައްމުމް ކުރުމެވެ. ❝
— ފޮތް: تنبيه الراحل إلى أهم ما يحتاجه من المسائل (އޮންލައިން)
📝 އަހަރެން ބުނަނެވެ: އަދި މިއީ ބޮޑު ޙަދަޘުގައިވެސް ޠާހިރުވުމަށް އޮތް ގޮތެވެ. ވީމާ ޖުނުބުވެރި ވުމުގެ ސަބަބުން ހިނައިގަންނަން ޖެހިފައިވާ މީހާވެސް ކަންތައް ކުރުން ވަނީ މިފަދައިންނެވެ. އަދި ޒަޚަމުގައި ނުވަތަ ބެންޑޭޖުގައި ފެންފޮހެވޭން ވެސް ނެތް ޙާލަތުގައި ފެންޖައްސައި ދޮވެވޭން ހުރި ބައިތަކެއް ދޮއެ އަދި އެޔަށް ފަހު ތަޔައްމުމް ކުރާނީއެވެ. އަދި އެތަޔައްމުމް ފެންނުޖެހި ނުފޮހެވި ވާބައިގެ މައްޗަށް ބަދަލެއް ކަމުގައި ފުދެއެވެ. ⁽¹⁾
ފައިދާއެއް: އަލްޢުޘައިމީން ވިދާޅުވިއެވެ: ވުޟޫއުގެ ކުރިން ނޫނީ އޭގެ ފަހަުން ތަޔައްމަމް ކުރުން ޖާއިޒެވެ. އަދި އެދެމެދުގައި ކުޑަ ވަޤުތެއް މެދުކެނޑުނަސް ނޫނީ ދިގުލިޔަސް މައްސަލައެއް ނެތެވެ... ޞައްޙަ ޤަވްލަކީ މިއެވެ... އަދި މިއީ ޝެއިޚުލް އިސްލާމް އިޚްތިތާރު ކުރެއް ރައުޔެވެ.“ الشرح الممتع" (1/394)
~ ގަލަންދާނު 🖋
ــــــــــــــــ
[1] ތަފްޞީލަށް: ޝެއިޚް ޢަބްދު ﷲ އައްސަޢްދު (ދަރުސް) ، ޝެއިޚް ޢަލްވާންވެސް މިފަދައިން ފަތުވާ ދެއްވި (ފަތުވާ) އަދި މިއީ އަލްޢުޘެއިމީންގެ ވެސް ރައުޔެވެ.
އޮއްޓާއި ބެންޑޭޖުމަތީ ފެންފުހުމުގެ ފިޤުހު (1)
❞ ޖުމްހޫރު ޢިލްމުވެރިންގެ ޤަވްލަކީ އޮއްޓު މަތީ ފެންފުހުމެވެ. އަދި މިކަމަކީ އިބްނު ޢުމަރުގެ އަރިހުން މަޥްޤޫފުގޮތުގައި ޞައްޙަ ވެފައިވާ ކަމެކެވެ.⁽¹⁾ އަދި އަޞްޙާބު ބޭކަލުން ފަރާތުން އެއްވެސް ބޭކަލެއް އެކަމުގައި އިބްނު ޢުމަރާއި ދެކޮޅުހެއްދެވިކަމަށް އެނގޭން ނެތެވެ. މީގެ މައްޗަށް ޖުމްހޫރު ޢިލްމުވެރިން އިބްނު ޢުމަރުގެ ރައުޔުގައި ހިއްޕެވިއެވެ.
ދެންފަހެ އަބޫ މުޙައްމަދު އިބްނު ޙަޒަމް މިރައުޔުގައި ނުހިއްޕަވައެވެ.⁽²⁾ އަދި ދެކިލެއްވީ ފެންފުހުން ނުވާ ކަމުގައެވެ. ސަބަބަކަށް ވިދާޅުވީ ނަބިއްޔު ﷺ އަރިހުން ނައްޞެއް މިކަމުގައި ވާރިދުވެފައި ނުވާތީކަމެވެ. އަދި އިބްނު ޙަޒަމްގެ (ޡާހިރީ) މަޛުހަބުގައި އަޞްޙާބު ބޭކަލުންގެ ޤަޥްލުފުޅު (އަސާސީ ދަލީލުގޮތިގައި) ބަލައިގަތުން ނުވެއެވެ.
މީގެ މައްޗަށް، އެކަލޭގެފާނު ދެކިލައްވަނީ އެގުނަވަނުގެ ޙުކުމް އެއްކޮށް ކެނޑިދާކަމަށެވެ. އެހެނީ ﷲ ތިބާއަށް އަމުރު ކުރެއްވީ ދޮވުމެވެ. ވީމާ ދޮވެވެން ނެތްނަމަ، ދެން އޭގެ ބަދަލުގައި އެހެން ކަމެއް ނުވެއެވެ. އަދި އެއްކަމެއް ގެ ބަދަލުގައި އެހެން ކަމެއް ކުރުން، ދަލީލެއްގެ މައްޗަށް މެނުވީ ނުވެއެވެ. އަދި މިޙާލަތުގައި މިކަންތަކުގައި ދަލީލެއް ނެތްކަމުގައެވެ. އެހެންކަމުން ވިދާޅުވަނީ، އެ ގުނަވަނުން (ފެންލައި ދޮވުމުގެ ޙުކުމް) ވެއްޓިދާކަމަށެވެ.
މިއީ އަބޫ މުޙައްމަދު އިބްނު ޙަޒަމް ގެ ޤަޥްލެވެ. އަދި ޖުމްހޫރުން ނަންގަވަނީ އިބްނު ޢުމަރުގެ ޢަމަލުފުޅެވެ. އަދި ވިދާޅުވަނީ އިބްނު ޢުމަރު އެކުރެއްވި ކަމަކީ އަމިއްލަ އިޖުތިހާދުން ކުރެއްވި ކަމެއް ގޮތުގައި ނުވާނޭ ކަމެވެ. ވީމާ އެކަމުގެ ޙުކުމް ވަނީ މަރްފޫޢުކޮށް (ނަބިއްޔު ﷺ އަރިހުން ވާރިދުވީ ކަމެއްގެ ގޮތުގައި) ކަމެވެ. ނުވަތަ އެކަލޭގެފާނު ގެ އަރިހުގައި ނަބިއްޔު ﷺ އަރިހުން އެކަންތަކުގައި ޢިލްމެއް އޮތް ކަމުގައެވެ. އެހެނީ އެއްކަމެއްގެ ބަދަލުގައި އިބްނު ޢުމަރު އެނޫން ކަމެއް ކުރެއްވިއެވެ. އަދި ދޮވެވެން ނެތުމުން އެގުނަވަނުގައި ފެންފުއްސެވިއެވެ. އޭގެން ކޮންމެވެސް ދަލީލެއް އޭގައި އޮތްކަމަށް ދޭހަކުރެވެއެވެ.
އަދި އަބޫ ދާވޫދު ގެންނެވި ޖާބިރުގެ ޙަދީޘް މި ޤަޥްލުގައި ހިފުމަށް އެބޭކަލުން ބޭނުން ކުރައްވައެވެ.⁽³⁾ އެއީ ޒަޚަމްގެ މަތީ ބެންޑޭޖެއް އެޅުމަށްފަހު އޭގައި ފެންފުހޭން އޮތް ޙަދީޘެކެވެ.
އެހެނަސް މިޙަދީޘު ޟަޢީފެވެ. އަދި އެރިވާޔަތް ޞައްޙަ ކަމަށް ބެލިޔަސް، އޭގައި ވާރިދުވެފައިވާ "ތަޔައްމުމް" ގެ ވާހަކަ ޝާޒެވެ. (އެލަފުޒު އައިސްފައިވާ ސަނަދާއި ޚިލާފަށް އެޔާއިނުލައި އެއަށްވުރެ ވަރުދަގަ އެހެން ސަނަދުން ވެއެވެ.) އެހެނަސް އެޙަދީޘު ސަނަދުގައި ވަނީ އޮޅުންބޮޅުން އަރާފައެވެ. އަދި އެގޮތުން މިމަޢުޟޫ ގައި އެއްވެސް އެއްޗެއް ނަބިއްޔު ﷺ އަރިހުން (ޞައްޙަގޮތުގައި) ޘާބިތުވެފައި ނުވެއެވެ. ބާކީ އޮތީ އިބްނު ޢުމަރުގެ އާޘާރެކެވެ. އެއީ އެެކަލޭގެފާނުގެ ބަސްފުޅެވެ. (އިޖުތިހާދެވެ.) އެއަށް ޢަމަލުކުރުމުގައި މަނަޢެއް ނެތެވެ.❝
— ސުލައިމާން އަލްޢަލްވާން (އޯޑިއޯ)
~ ގަލަންދާނު 🖋
ـــــــــــــــــ
[1] ރިވާކުރެއްވީ އަލްބައިހަޤީ (1/ 228) , އަދިވިދާޅުވިއެވެ: އިބްނު ޢުމަރުގެ އަރިހުން އެރިވާޔަތް ޞައްޙައެވެ. ا. هـ
[2] المحلى 2/ 74
[3] އަބޫ ދާވޫދު ސުނަން 335 ގައި
(މިރިވާޔަތުގެ ޟަޢީފު ކަމުގެ މައްޗަށް އޮތް ތަފްޞީލީ ބަޙުޘަކަށް، ބަލެމުަށް )
❝ There is no obligation for order or continuity in the ghusl (ritual bath) for sexual defilement. If, after performing the ghusl and having his limbs dried, it becomes clear to him that he did not wash a certain area, he should wash that area and with that his sexual defilement will be removed. ❞
— Shaykh Sulaymān Al-ʿAlwān
(Explanation of Bulūgh Al-Marām, quote)
~ Galandān
🤲 އަންހެނާގެ ބުރުގާގައި ވުޟޫކުރުމުގައި (ޚުއްފާއި ފަގުޑީގައި ފެންފުހޭ އުޞޫލާއި އެއްގޮތަށް) ފެންފުހެވުން ވޭހެއްޔެވެ؟
ބައެއް ޢިލްމުވެރިން އަންހެނާ އޭނާގެ ބުރުގަލުގައި ފެންފުހުން ހުއްދަކުރެއްވިއެވެ. އަދި އަނެއްބައި ޢިލްމުވެރިން އެކަން ޖާއިޒު ނުކުރައްވައެވެ. އަދި (ޞައްޙަ ގޮތާއި) ބޮޑަށް ގާތީ، އެކަން ހުއްދަވުމެވެ. އެހެނީ އުއްމު ސަލަމާ އަރިހުން އެކަމަނާ ބުރުގަލުގައި ފެން ފުއްސެވިކަމުގައި ޘާބިތުވެފައިވެއެވެ. އަދި ބުރުގަލަކީ ބޮލުގައި ވަށައިގެން ލެވިފައިވާ އަދި ދަތްދަޮޅިދަށުންވެސް ގެންދެވިފައިވާ އެއްޗެއް ކަމުގައިވެ ފަގުޑިއާއި އެކަމުގައި އެއްގޮތެވެ. (އެއީ ދަތްދޮޅިދަށުން ބޮޅެއް ގެންދެވިފައިވާ ގޮތަށް އެޅޭ ފަގުޑިއެވެ. އަދި ބައެއް ޢިލްމިވެރިން ފަގުޑީގައި ފެންފުވެވުން ޖާއިޒުވުމަށް މިކަން ލާޒިމުކުރެއްވިއެވެ.)
އެގޮތުން ފިރިހެނާގެ ފަގުޑިފަދައިން (ފެންފުހުމުގައި) އަންހެނާގެ ބުރުގާ އެއްގޮތް ވެގެން ވެއެވެ. ވީމާ ފަގުޑީގައި ބުނެވޭ ފަދައިން ވަށައި ނުޖެހޭނަމަ އަދި އޭގެ އިތުރުން (ބައެއް ޢިލްމުވެރިން ވިދާޅުވާ ފަދައިން) ދަތްދޮޅިދަށުން ގެންދެވިފައި ނުވާނަމަ، ފެންފުހެވުމެއް ނުވެއެވެ.
ވީމާ (ޞައްޙަ ރައުޔަކަށް) ގާތީ ފަގުޑިފަދައިން އަންހެނާއަށް ބަލާއިރު ބުރުގަލުގައި ފެން ފުހެވުމެވެ. އަދި ފެންފުހެވުމުގެ މުއްދަތާއި އެނޫން ކަންތައްތަކުގައިވެސް ވަނީ ހަމަ ފަގުޑީގައިވާ ގޮތާއި އެއް ޚިލާފުތަކެކެވެ. އެއް ބުނުމެކެވެ. ❝
— ޝެއިޚް ޢަބްދު ﷲ އައްސަޢްދު (ޢުމްދަތުލް އަޙްކާމްގެ ޝަރްޙައިން، ދިހަވަ ބައި)
~ ގަލަންދާނު
ℹ️ “Writing (s) or (PBUH) when mentioning the name of the Prophet instead of (ﷺ) is not forbidden, but it is contrary to what is preferable, and it results in a loss of reward unless he (the reader) pronounces it with his tongue.”
— Shaykh Sulaymān Al-ʿAlwān
~ Galandān 🖋
كتابة (ص) أو (صلعم) عند ذكر اسم النبي بدلاً عن ﷺ، ليست حراماً، وإنما هي خلاف الأولى، وفيه فوات الأجر مالم يكن قد لفظ بلسانه. | الشيخ سليمان العلوانЧитать полностью…
ސަބަބަކާއި ނުލައި ސަޖިދަ ކުރުމުގެ ޙުކުމް
ދޮރޯށީގެ އާޔަތުގައި ﴿وادخُلوا البابَ سجَّدًا (އަދި ތިޔަބައިމީހުން سجدة ކުރާ حال ދޮރޯށިން ވަންނާށޭ) — މި ސަޖިދައަކީ، ޝުކުރުގެ ސަޖިދައެވެ.
އަދި ސަބަބަކާއި ނުލައި ސަޖިދަ ކުރުމީ ޝަރުޢު ވެގެން ނުވާ ކަމެވެ. އަދި އެކަން މަކްރޫހަވެގެން ވެއެވެ. އަދިކިއެއްހެއްޔެވެ؟ އައްނަވަވީ ފަދަ ބައެއް ފިޤުހުވެރިން އެކަން ޙަރާމްވެސް ކުރެއްވިއެވެ. އެހެނީ އެއީ ބިދުޢައެއް ކަމުގައި ވުމުންނެވެ.
ނައްޞުން ވަނީ ސަޖިދައިގެ ބާވަތްތައް ވާރިދުވެފައެވެ. އެއީ ޝުކުރާއި ތިލާވަތާއި އަދި ކުޅަދުންވަންތަކަމުގެ ހެއްކެތް ފާޅުވުމުން ކުރެވޭ ސަޖިދަ ފަދައެވެ.
އަދި ދުޢާ ކުރުމަށްޓަކައި ވަކި ސަޖިދައެއް ވާ ކަމުގައި ބައެއް ޢިލްމުވެރިން ދެކިލެއްވިއެވެ. އެއީ ތަޥްބާއާއި ފާފަފުއްސެވުމަށް އެދޭ މީހާ އަށެވެ.
އިބްނު ތައިމިއްޔާ ވިދާޅުވިއެވެ: ”ދުޢާ ކުރާން އެދޭނަމަ ﷲ އަށްޓަކައި މޫނު މަށީގައި ބީހައި އެއިލާހަށް ދުޢާ ކުރުމަށް ސަޖިދަކުރުން، ފަހެ މިއީ ދުޢާއަށްޓަކައި ކުރެވޭ ސަޖިދައެވެ. އެކަން މަނަޢު ކުރާ ދަލީލެއް ނުވެއެވެ.“
— އައްޠަރީފީގެ “التفسير والبيان لأحكام القرآن“
~ ގަލަންދާނު 🖋
• "حكم السجود بلا سبب "Читать полностью…
والسجود في آية الباب ﴿وادخُلوا البابَ سجَّدًا﴾: سجود الشكر.
والسجود بلا سبب لا يُشرع.
وكرهه، بل حرَّمه بعضُ الفقهاء كالإمام النوويِّ؛ لأنه بدعةٌ وإحداثٌ.
وورد النصُّ في أنواع السجود كسجود الشكر والتلاوةِ وظهور الآية.
وبعض العلماء يرى للدعاء سجودًا منفردًا لمن أراد توبةً وغفرانًا.
قال ابنُ تيمية: (ولو أراد الدعاءَ فعفَّر وجهَه لله بالترابِ وسجد له ليدعوه فيه فهذا سجودٌ لأجل الدعاء ولا شيءَ يمنعه)
📚 التفسير والبيان لأحكام القرآن
❔ ޚުލްޢަ އަކީ ވަރިޔެއް ހެއްޔެވެ؟ ނޫނީ ފަސްޚު އެއް ހެއްޔެވެ؟ (އެބަހީ: ވަރިޔަށް އަދަދު ނުކުރެވޭ އެހެނަސް ކައިވެނީގެ ޢަޤުދު މޮހައިލުމެއް ހެއްޔޭ އެވެ.)
بسم الله الرحمن الرحيم
ޚުލްޢަ އަކީ ބަދަލެއް ދީފައި އަނބިމީހާ (ކައިވެނިން) ވަކިވުމެވެ. އެއީ ފަސްޚު އެކެވެ. އަދި ވަރިޔެއް ނޫނެވެ. އަދި އެއިން ވަރީގެ އަދަދު އިތުރެއް ނުވެއެވެ. އަދި (ވަރިޔާއި ޚިލާފަށް) ޙައިޟުގެ ތެރޭގައި އާއި ޖިމާޢުވެފައިވާ ޠުހުރުގައިވެސް ޚުލްޢަ ކުރުން ޞައްޙައެވެ. އެހެނީ ޚުލްޢަ ކުރެވުނު އަންހެނާ ގާތު ނަބިއްޔު ﷺ އެކަމުގައި ސުވާލެއް ނުކުރައްވައެވެ. އަދި މިޙަދީޘުވަނީ އަލްބުޚާރީ (5273) ގައެވެ. އަދި [ފިޤުހީ ޤަވާޢިދުގައި ވާފަދައިން] (އެކަމަކީ ލާޒިމުކަމެއް ނަމަ) ޙާޖަތުގެ ވަޤުތުގައި އެކަމެއް ބަޔާން ކުރުން ފަސްކުރުމީ ޖާއިޒުކަމެއް ނޫނެވެ. (އެބަހީ: ބަޔާން ނުވެ އޮތުމީ އެކަން ޝަރުޠު ނުވުމެވެ.)
އެއީ ފަސްޚުއެއް ކަމުގެ ބުނުމަކީ: އިބްނު ޢުުމަރާއި އިބްނު ޢައްބާސް رضي الله عنهما ގެ ދެކިލެއްވުމެވެ. އަދި ޢިކްރިމާ އާއި އިސްޙާޤު އަދި އަޙްމަދު ބުނު ޙަންބަލް އާއި އިބްނު ތައިމިއްޔާ އާއި އިބްނުލް ޤައްޔިމް އަދި އެނޫން ބޭކަލުންގެ ބަސްފުޅެވެ.
އަދި މިކަމަށް އޮތް ޙުއްޖަތަކީ ބަޤަރާ ސޫރަތުގެ 229 ވަނަ އާޔަތުގައިވާ ﷲ تعالى ބަސްވަޙީއެވެ:
{ ٱلطَّلَٰقُ مَرَّتَانِۖ فَإِمۡسَاكٌۢ بِمَعۡرُوفٍ أَوۡ تَسۡرِيحٌۢ بِإِحۡسَٰنٍۗ }
(رُجُوعى ވަރިން ވަރިކުރުންއޮތީ ދެފަހަރަށެވެ. ދެން އޭރުން އޮންނާނެގޮތަކީ عِدَّة ހަމަނުވަނިސް އަލުންވެސް رُجُوع ކޮށް އަންބެއްގެގޮތުގައި ހަމަޖައްސާ ރަނގަޅުކުރުމެވެ. އަނެއްގޮތަކީ عِدَّة ހަމަވީމާ جِمَاعُ ނުވެ إحْسَان ތެރިކަމާއެކު طُهْرُ ގެތެރޭގައި ވަރިކޮށް އެމީހާ ދޫކޮށްލުމެވެ.)
ދެން އެއަށް ފަހު ޚުލްޢަ ގެ ވާހަކަ (އެއާޔަތުގައި) ދިކުރުކުރެއްވިއެވެ:
{ فَإِنۡ خِفۡتُمۡ أَلَّا يُقِيمَا حُدُودَ ٱللَّهِ فَلَا جُنَاحَ عَلَيۡهِمَا فِيمَا ٱفۡتَدَتۡ بِهِۦۗ }
(ފަހެ ދެފަރާތުންވެސް އެފަދަ ކަންތަކާމެދު ބިރުވެތިވެއްޖެއްޔާ ފިރިމީހާ އަންހެންމީހާއަށް ދީފައިވާ ކާވެނީގެ ރަން އަނބުރާދީފައި ނުވަތަ އެއަށްވުރެ ގިނަ އެއްޗެއް އަނބިމީހާ ދީފައިނަމަވެސް ވަރިވެގަތުން ހުއްދައެވެ. އެއީ خُلْعُ ވަރިއެވެ. އެއީ އަންހެންމީހާ ވަކިވެގަންނަންދޭ فِدْيَة އެކެވެ.)
ދެން އެއަށް ފަހު ތިންވަނަ ވަރީގެ ވާހަކަ ޛިކުރު ކުރެއްވިއެވެ:
{ فَإِن طَلَّقَهَا فَلَا تَحِلُّ لَهُۥ مِنۢ بَعۡدُ حَتَّىٰ تَنكِحَ زَوۡجًا غَيۡرَهُۥۗ }
(ދެންފަހެ ތިންވަނަފަހަރަށް ވަރިކޮށްފިއްޔާ އެއަންހެންމީހާގެ عِدَّة ހަމަކުރުމަށްފަހު އެހެން ފިރިހެނަކާއި އިނދެ جِمَاع ވެ އެމީހާގާތުން ވަރިވެ ވަރީގެ عِدَّة ހަމަކުރުމަށްފަހުގައިމެނުވީ ކުރީ އިނދެވަރިކުރި ފިރިހެންމީހާއަށް އެއަންހެންމީހާ حلال ނުވާނެއެވެ.)
އެހެން ކަމުން މީގެ ކުރިން ޛިކުރުވި ޚުލްޢަ އަކީ ވަރިޔެއް ނަމަ، ފަހުން މިކުރެވުނު ވަރިޔަކީ ހަތަރުވަނަ ވަރިޔަށް ވީހެވެ.
(ބަޔާންވެވުނު ރައުޔާއި ޚިލާފަށް) މާލިކީންނާއި އަހުލުއް ރައުޔު އާއި އަޙްމަދު ގެ އެއްރިވާޔަތާއި، އައްޝާފިޢީގެ އެއް ޤަވްލުގައި ވާ ގޮތުން، އެބޭކަލުންގެ ދެކިލެއްވުމީ: އަލް-ޚުލްޢަ އަކީ ވަރި ކަމުގައެވެ. އަދި ފަސްޚެއް ނޫން ކަމެވެ. އަދި މިރައުޔާއި މެދު ދެބަސްވެވޭ ނަޒަރެއް އެބައޮތެވެ.
އަދި އެއަށްވުރެ އިބްނު ޢުމަރާއި އިބްނު ޢައްބާސާއި އެދެބޭކަލުންނާއި އެއްބަސްވެލެއްވި ބޭކަލުންގެ ޤަޥްލު ވަރުގަދައެވެ.
އަދި މީގެ މައްޗަށް ބަލައި: ޚުލްޢަ ކުރެވިފައިވާ އަންހެނާ ޢިއްދަ އަށް ހުރުން ވަނީ އެއް ޙައިޟު ގެ ނިޔަލަށެވެ. އެއީ ޖިމާޢު ވެވުނު ކަމާއިމެދު ޝައްކުވާ އަންހެނާ އާއި، ފާސިދު ކައިވެނީގެ ޢަޤުދެއް ކުރެވުނު އަންހެނާ އާއި، އަޅު އަންހެނާ އާއި، ޒިނޭ ކޮށްފައިވާ އަންހެނާވެސް ކައިވެނި ކުރަން އެދޭނަމަ ޢިއްދާގައި ހުންނަޖެހޭ މިންވަރު ފަދައިންނެވެ. އެހެނީ ޢިއްދައިގެ މަޤުޞަދަކީ ރަޙިމު ހުސްތޯ ކަށަވަރު ކުރުމެވެ. އަދި އެކަމަށް އެއް ޙައިޟު ފުދިގެން ވެއެވެ. އަދި މިރައުޔު އަޞްޙާބު ބޭކަލުންގެ ބޮޑުންގެ ފަތުވާ އާއި އެއްބަސްވެއެވެ. والله أعلم.
سليمان بن ناصر العلوان
8 / 5 / 1421 هـ
— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން (ފަތުވާ)
~ ގަލަންދާނު 🖋
❞ އިސްލާމް ދީނަކީ އެންމެހާ އެއްޗެއް މައްޗަށް ވެރިކުރެވޭ، އެހެން އެއްވެސް އެއްޗަކަށް ގުދުނުވެ އޮންނަ ނާރެހެވެ. އަދި ޢިއްޒަތާއި ޝަރަފުގެ މަގަކަށް އެދީން، އޭގެ އަހުލުންނަށް މަގު ކޮށައިދެއެވެ. މާޔޫސްކަމުގެ އަހުލުން ބޭނުންވަނީ އެޔަކުން އަހަރެމެން ނިކަމެތިކޮށްލައި، އަހަރެމެންގެ ޤަދަރު ކަނޑުވާލައި އަހަރެމެންގެ ބަދަލެއް ނުއަންނަ ބިންގާތައް ފޮހެލާ ފަދަ އިސްލާމް ކަމެކެވެ. ❝
— ޝެއިޚް ސުލައިމާން އަލްޢަލްވާން (ބަސްކޮޅު)
~ ގަލަންދާނު 🖋
🔥Rāfiḍah Shīʿa are the Descendants of the Majūs, So Woe to the one who is lower than Al-Aqīshar!
❝ Al-Aqīshar married his cousin (uncle's daughter), whose name was Al-Rabāb, for (a dowry of) four thousand dirhams, and it was said for ten thousand dirhams. He went to his people and asked them, but they did not give him anything. So he went to Ibn Ras Al-Baghl (lit. "son of the mule's head") who was Dahqān Al-Ṣīn and was a Zoroastrian (Majūsī), and asked him, and he gave him the money for dowry.
So Al-Aqīshar recited a poem in his name:
كفاني المجوسيّ مهر الرّباب //
The Majūsī sufficed me with the dowry of Al-Rabāb
فدى للمجوسيّ خاليّ وعم
I lay down my Uncles (both maternal and paternal) to the Majūsī
شهدت بأنّك رطب المشاش //
I testify that you are a ripe soul
وأنّ أباك الجواد الخضم
And that your father is a generous ocean
وأنّك سيّد أهل الجحيم //
And that you are the master of the people of hell
إذا ما تردّيت فيمن ظلم
If you were to be tossed with the people of cruelty
تجاور قارون في قعرها //
You would be a neighbor to Qārūn in his depth
وفرعون والمكتنى بالحكم
And with Pharaoh and the one known as Al-Hakam (Abū Jahl)
▶️قَدۡ نَرَىٰ تَقَلُّبَ وَجۡهِكَ فِى ٱلسَّمَآءِۖ فَلَنُوَلِّيَنَّكَ قِبۡلَةً تَرۡضَىٰهَاۚ◀️
”(އޭ رَسول ﷲ އެވެ!) ހަމަކަށަވަރުން ކަލޭގެފާނުންގެ މޫނުފުޅު ބައެއްފަހަރު އުޑާ ދިމާޔަށް އަނބުރުއްވާތީ ތިމަންރަސްކަލާނގެ ދެކެވޮޑިގަންނަވަމެވެ. ފަހެ ހަމަކަށަވަރުން ކަލޭގެފާނު ރުހިވަޑައިގަންނަވާ قِبْلَة އަކަށް ތިމަންރަސްކަލާނގެ ކަލޭގެފާނު އަނބުރުއްވާހުށީމެވެ.“
މިއާޔަތުން ލިބިދޭ ފައިދާ ތަކުގެ ތެރޭ: ނަމާދުގައި ފިޔަވައި، ދުޢާ ކުރުމުގައި އުޑަށް ބެލުމުގެ މުސްތަޙައްބުކަން ވެއެވެ. މިއީ ހަނދުމަނައްތައިލެވިފައިވާ ސުންނަތްތަކުގެ ތެރެއިން ސުންނަތެކެވެ. ފަހެ ނަބިއްޔު ﷺ ދުޢާކުރައްވާހިނދު، އުޑަށް ބައްލަވައެވެ. އެއީ މިއާޔަތުގައި ”ކަލޭގެފާނުންގެ މޫނުފުޅު ބައެއްފަހަރު އުޑާ ދިމާޔަށް އަނބުރުއްވާތީއޭ“ އޮތް ބަސްފުޅުން ފާޅުވާން އޮތް ފަދައިންނެވެ.
— ޢަބްދުލް ޢަޒީޒް އައްޠަރީފީ #التفسير_والبيان
(البقرة ޞ. 124)
~ ގަލަންދާނު 🖋
🔉 ފަރުޟު ނަމާދުތަކަށް ފަހު ކިޔާ ޛިކުރުތަސްބީޙަ ތައް ކިޔުން ސުންނަތް ވެގެންވަނީ އަޑު ފާޅުކޮށެވެ.
❞ މި ޛިކުރުތައް ކިޔުމުގައި ސުންނަތް ވެގެންވާ ގޮތަކީ އަޑުފާޅުކޮށް ކިޔުމެވެ. އެއީ އަލްބުޚާރީގައިވާ އިބްނު ޢައްބާސް رَضَ اللَّهُ عَنْهُا ގެ ޙަދީޘުގެ މައްޗަށެވެ.⁽¹⁾ އެކަލޭގެފާނު ވިދާޅުވިޔޭ:
”ރަސޫލު ﷲ ﷺ ގެ ޒަމާނުގައި ނަމާދަށް ފަހު ޛިކުރުން އަޑުހަރު ކުރެވެއެވެ.“
މިއިން ދަލީލު ކުރަނީ އަޑު ފާޅުކޮށް ކިޔުމުގެ މައްޗަށެވެ. މިއީ ހަތަރު މަޛުހަބުގައި މަޝްހޫރު ރައުޔާއި ޚިލާފަށް މުޙައްޤިޤު ދަންނަބޭކަލުން ކުރެން ބައިގަނޑެއް މިކަމުގައި އިޚްތިޔާރު ކުރެއްވި ރައުޔެވެ. އެއީ އަބޫ ޖަޢްފަރު އިބްނު ޖަރީރާއި، އަބޫ މުޙައްމަދު ބުނު ޙަޒަމާއި، އަބުލް ޢައްބާސް އިބްނު ތައިމިއްޔާ އާއި، އަބުލް ފަރަޖް އިބްނު ރަޖަބު ފަދައެވެ.
އެހެނަސް ހަތަރު މަޛުހަބުގައި މަޝްހޫރީ، ސުންނަތް ގޮތީ ސިއްރުގައި ކިޔުން ކަމުގައެވެ.⁽²⁾ އެހެނަސް ބޮޑަށް ބުރަވެވެނީ ސުންނަތް ގޮތީ ފާޅުކުރުން ކަމުގައެވެ.
˺ނަމާދުން އަވަދިވެގެން ކިޔޭ˹ މިޛިކުރު ތަކުގައި ފާޅުކުރަން ޖެހެނީ އެއެންމެހާ ޛިކުރެކެވެ. މިއީ އާޔަތުލް ކުރުސި (އަދި މުޢައްވިޛަތައިން، އެބަހީ: ފަލަޤި ނާސި ސޫރަތް) މެނުވީއެވެ.
❌ދެންފަހެ އޭގެ ފުރަތަމަ ކޮޅުގައިވާ އިސްތިޣްފާރާއި، ދެން (اللهُمَّ أَنْتَ السَّلَامُ ....) މިޛިކުރު އަޑުހަރުކޮށް ކިޔާފައި ތަސްބީޙަ ފެށޭހިނދު އަޑު މަޑުކުރުމައިމެދު ދަންނައެ، މިއީ އަޞްލެއްނެތް އުފެއްދުމެކެވެ. މިވާހަކަ العلامة ސުލައިމާން ބުނު ސަޙްމާން رَحِمَهُ اللهُ ނަންގަންނަވާފައި ވެއެވެ.
މިހެންކަމުން، ބައިގަނޑެއްގެ ގާތުގައި ސުންނަތް ގޮތީ: އެއެންމެހާ ދިކުރެއް ސިއްރުގައި ކިޔުމެވެ. އަދި އަނެއްބައި ބޭކަލުންތަކެއް ގާތު ސުންނަތް ގޮތީ — އަދި ރާޖިޙުކަމަށް ބެލެވޭ ރައުޔަކީ الله أعلم — އާޔަތުލް ކުރުސި (އަދި މުޢައްވިޛަތައިން) ފިޔަވައި އެހެން ހުރިހާ އެއްޗެއް އަޑު ފާޅުކޮށް ކިޔުމެވެ.
މިގޮތުން، އާޔަތުލް ކުރުސި (އާއި މުޢައްވިޛަތައިން) އިޖުމާޢުގެ މަތީން (މިދެބަސްވުމުން) އިސްތިސްނާވެއެވެ. އެހެނީ ސިއްރުގައި ކިޔުމަށް ވިދާޅުވާ ބޭކަލުންވެސް އަދި ފާޅުގައި ކިޔާން ވިދާޅުވާ ބޭކަލުންވެސް އާޔަތުލް ކުރުސި (އާއި މުޢައްވިޛަތައިން)ފާޅުގައި ކިޔަންޖެހޭ ތަކެތިން ބޭރުކުރެއެވެ. އަދި ސިއްރުގައި ކިޔުމަށް ނަންގެންނެވިއެވެ. ވީމާ ނަމާދަށް ފަހު ކިޔޭ އެހެން އެންމެހާ ޛިކުރުތަކާއި ޚިލާފަށް ސިއްރިއްޔާތުގައި ކިޔުން އެޔަށް ޚާއްޞަވެފައިވެއެވެ.
☝️އަދި އަޑުހަރު ކޮށް ކިޔުން އޮތީ، އެނޫން ފަރާތްތަކަށް އުދަގޫ ނުފޯރާ ގޮތުގައެވެ. އެއީ ނަމާދުން އަވަދިނުވެ ހުރި މީހާ ފަދަ މީހުންނަށެވެ. ވީމާ ރަކުޢަތެއް ދެރަކުޢަތެއް ގެއްލިގެން ނަމާދު ފުރިހަމަ ކުރަމުންދާ މީހަކަށް އެކަމުން އުނދާމަގޫ ފޯރާފާނެނަމަ، އަޑުހަރުކުރުން ނުވެއެވެ. އެއީ އޭނާގެ ނަމާދުގައި އޮޅުން އަރައިފާނެތީއެވެ.
މިއާ ޚިލާފަށް، އެއްކޮށް ނަމާދު ފުރިހަމަ ކުރާ ޖަމާޢަތެއްގައި އޭނާ ހުރެއްޖެނަމަ، އެއީ މިދުވަސް ވަރު އަހަރެމެން މިތާ މައްކާގެ ޙަރަމްފުޅުގައި މިނަމާދު ކުރާފަދައިން، ނަމާދުން އަވަދި ނުވެ ހުރެއްޖެ މީހަކީ ޙަރަމްފުޅުގެ ބޭރުގައި ހުންނަ މީހެއް އެކަންޏެވެ. ވީމާ އެހެން މުސްލިމުންގެ ފަރާތުން (މިފަދަ ޖަމާޢަތެއް ތެރޭ އަޑުހަރުކޮށް ތަސްބީޙަ ކިޔައިގެން) އުނދަގޫވުމެއް ނުވެއެވެ. އެހެނީ އެންމެންވެސް ވަނީ ނަމާދުން އަވަދިވެފައެވެ. އަކިއެއްތަ، އެންމެންވެސް ވަނީ ޛިކުރުތަސްބީޙައިގައެވެ. އެގޮތުން ކޮންމެ މީހެއްވެސް އަޑުފާޅުކޮށް އޭނާގެ ޛިކުރުގައި ދެމިހުންނާނީއެވެ.
=
ـــــــــــــــــــ
[1] އިބްނު ޢައްބާސްގެ އަރިހުން، ރިވާކުރެއްވީ އަލްބުޚާރީ (841) މުސްލިމަ (583 c) އަބޫ ދާވޫދު (1003).
[2] ޝެއިޚް މަޝްހޫރު ޙަސަން ވިދާޅުވިއެވެ: ”އައްޝާޠިބީ "الاعتصام" ފޮތުގައި، އިމާމް އައްޝާފިޢީ އަރިހުން ނަޤުލުކުރައްވައި، އިޚްތިޔާރުކުރައްވައި ވަރުޤަދަ ކުރައްވައި ހަރުކަށިކަމާއި އެކު ތާޢީދުކުރެއްވި ޤަޥްލަކީ: ނަބިއްޔު ﷺ އަޑުހަރުކޮށް ޛިކުރު ކުރެއްވި ސަބަބަކީ އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ފަހު ދުވަސްކޮޅުގައި (އިސްލާމްވެ ދީން އުނގެނުމަށް) އަންނަމުން ދިޔަ ވަފުދުތަކަށް އެތަކެތި އުނގަންނަވައިދެއްވުމުގެ ގޮތުން ކަމުގައެވެ. އެގޮތުން ވިދާޅުވޫއެވެ: އުންގަންނައިދިނުމުގެ ގޮތުން އިމާމު މީހާ ނަމާދަށްފަހު އަޑުހަރުކޮށް ޛިކުރު ކުރަން ލާޒިމުވެއްޖެނަމަ، މިއީ ވާރިދުވެފައިވާ އެކަމުގައި ގޯހެއް ނެތް ކަމެކެވެ.“ اهـ. (ފަތުވާ). ވީމާ މިބޭކަލުންގެ ބުނުމުގައި ނަމާދަށް ފަހު ކިޔޭ ޛިކުރުތަސްބީޙައިގެ ޙުކުމަކީ އެހެން ޛިކުރުތަކާއި ތަފާތެއް ނެތި އޭގެ އަޞްލުގައި ސިއްރިއްޔާތުގައި (މަޑުން) ކިޔުން ސުންނަތް ތަކެއްޗެވެ. އަދި އަޑުހަރުކޮށް ކިޔުންވަނީ ޣާފިލުވެފައިވާ މީހަކަށް ހަނދުމަކޮށްދޭން ނޫނީ ނޭނގޭ މީހަކަށް އުނގަންނައިދޭށެވެ.
🔉READING "ALOUD" THE ADHKĀR AFTER OBLIGATORY PRAYERS
❝ The author, وفقه الله, mentioned that:
the Sunnah in the above adhkār (i.e. remembrances upon the completion of obligatory prayers) is to recite them aloud after every prescribed prayer.
🚫Avoid Touching Non-Maḥrams
«وما مسَّت يد رسول الله -صلَّى الله عليه وسلَّم- يد امرأة إلا امرأةً يملكها» رواه البخاري
ʿĀishah said: “The Prophet ﷺ has never touched a woman’s hand except for his wives and slaves.” [Al-Bukhārī]
Maʿqil bin Yasār ⁽¹⁾ said: "For one of you to take a needle and plunge it into my head is more beloved to me than a woman who is not a maḥram washing my hair.” ⁽²⁾
Shaykh Khālid Al-Ḥāyek commented: “This shows that this matter was considered grave by the companions, which is why it was severely cautioned against.”
📌Benefit: There is another narration from Maʿqil which was narrated in marfūʿ form, as a ḥadīth of the Prophet which says:
لأن يطعن في رأس أحدكم بمخيط من حديد خير له من أن يمس امرأة لا تحل له
“For one of you to be stabbed in the head with an iron needle is better for him than that he should touch a woman who is not permissible for him.”
⚠️This narration is ḍaʿīf (weak). Al-Muḥaddith Aḥmad Shaḥāta Al-Alfī declared it weak in "Al-Takhrījāt Rumḥ Al-Sunnah" (refer 1/8) Also Al-Ḥāyek and Al-ʿAlwān declared it weak, and declared that what is correct is the mawqūf narration from Maʿqil.
~ Galandān 🖋
-----------------------
[1] Maʿqil bin Yasār was a companion of the Prophet ﷺ. He converted to Islam before Al-Ḥudaybiyyah and participated in Bayʾat al-Riḍwān. He settled in Baṣrah and died there. The "Maʿqil River" in Baṣrah is named after him. It was dug by the order of ʿUmar.
[2] This narration:
عن معقل موقوفاً عليه من قوله بلفظ: "لأن يعمد أحدكم إلى مخيط فيغرز به في رأسي، أحب إلي من أن تغسل رأسي امرأة ليست مني ذات محرم".
It was narrated by Ibn Abī Shaybah in his "Muṣannaf" (4/15 no. 17310).
❞ މުސްލިމުންނާއި ހަނގުރާމަ ކުރާ ޢަދުއްވުންނަށް ޖެއްސެވޭ މުޞީބާތަށް އުފައު ވެވުމީ އީމާން ކަމުގެ ދަލީލެކެވެ. އެހެނީ، އޭނާގެ ޢަދުއްވުންނަށް ޖެއްސެވޭ މުޞީބާތުން މުއުމިނު މީހާގެ ނަފްސުގައިވާ ވޭނާއި އޭނާގެ ހިތުގައިވާ ރުޅިވެރިކަން ﷲ ފިއްލަވައިދެއްވައެވެ.
▶️وَيَشۡفِ صُدُورَ قَوۡمٍ مُّؤۡمِنِينَ ▫️ وَيُذۡهِبۡ غَيۡظَ قُلُوبِهِمۡۗ◀️
”...އެއިން مؤمن ބަޔެއްގެ ހިތްތަކަށް އެއިލާހު ޝިފާ ދެއްވާނެތެވެ. * އަދި އެއުރެންގެ ހިތްތަކުގައިވާ ރުޅިވެރިކަން ފިއްލަވާނެތެވެ.“ [التوبة 14، 15]❝
— ޢަބްދުލް ޢަޒީޒް އައްޠަރީފީ (ބަސްކޮޅު)
~ ގަލަންދާނު 🖋
🔵❝ Rejoicing the demise of the enemies of Islam, the people of bid'ah, and those who openly declare immorality: is a legitimate matter, and it is one of Allah's blessings upon His servants and upon trees and animals. In fact, the people of Sunnah rejoice in the affliction of illness and imprisonment of those people and the misfortunes that befall them. ❞
— Islamqa (154727)
~ Galandān
އޮއްޓާއި ބެންޑޭޖުމަތީ ފެންފުހުމުގެ ފިޤުހު (2)
❞ ޙަދަޘައިން އެރިގަތުމަށްޓަކައި އޮބިގަނޑު (އަދި އޭގެ ދަށުން ޕްލާސްޓަރާއި ބެނޑޭޖު) މަތީ ފެންފުހުމާއި މެދު ދަންނައެ، މީގައި (ޚުއްފު އާއި ޚިލާފަށް) އެ ބަނދެވުމުގެ ކުރިން ޠަހާރަތުގައި ހުރުމެއްވެސް އަދި އެއަށް ވަކި މުއްދަތެއްވެސް ޝަރުޠުވެގެން ނުވެއެވެ. އެހެނީ އެއީ ޟަރޫރަތެކެވެ. ވީމާ ވަޤުތެއްވެސް އެޔަށް ކަނޑައެޅިފައި ނުވެއެވެ. އަދި އެއެޅުމުގެ ކުރިން ޠަޙާރަތުގައި ހުރުންވެސް ލާޒިމުނޫނެވެ. އެހެނީ އެއީ ކުއްލިއަކަށް އަންނަ ކަމެކެވެ. ވީމާ ވުޟޫގެ ވަޤުތު ޖެހުމުން ސަލާމަތުން ހުރި ގުނަވަންތައް ދޮވެ އަނިޔާލިބިފައިވާ ތަނެއްނަމަ އެތާނގައި ފެންފުހޭނީއެވެ.
އޮއްޓާއި މެދު ޢިލްމުވެރިން ގެ ތެރޭ ތިން ރައުޔެއް ވެއެވެ. (އެއީ: ހ. އެގުނަވަން ދޫކޮށްލުމާއި، ށ. ފެންފުހުމާއި، ނ. ތަޔައްމަމް ކުރުމެވެ. މިތިން ގޮތަށެވެ.)
(ފުރަތަމަ ރައުޔުގައި ބުނަނީ) އޭގެ މަތީގައި ފެން ފުހުމެއް ނުވާ ކަމެވެ. އެހެންވެއްޖެނަމަ ތަޔައްމުމް ކުރާނީ ހެއްޔެވެ؟ ބުނޫއެވެ: ނޫނެކެވެ. ތަޔައްމަމެއްވެސް ނުވެއެވެ. އެގުނަވަނަވަނުގައި ފެންޖެހުމުގެ ޙުކުމް ކެންޑުނީއޭ އެވެ. އެހެނީ އެތަން ދޮވުމުގެ ކުޅަދާނަކަން ދިޔުމުންނެވެ. އަދި ވާޖިބު ވެގެންވަނީ ދޮވުމެވެ. ދެންފަހެ المسح (ފެންފުހުމުގައި) ، އޮބިގަނޑުމަތީ ފެންފުހުން ވާރިދުވެފައި ނުވެޔޭ އެވެ. އަދި އަޅުކަން ވަނީ ކެރިކުޅަދާނަ ވީ ވަރަކުން ކަމެވެ. އަދި އިންސާނާއަށް އެކަމެއް ކުރުމުގެ ކުޅަދާނަކަން ނެތްނަމަ އެ ވާޖިބު ކެނޑިދެއެވެ. މިޘާލަކަށް ފަރުޟު ނަމާދުގައި ކޮޅަށް ހުރުމީ ވާޖިބެކެވެ. އެއީ އޭގެ ރުކުނެކެވެ. އެހެނަސް އޭނާއަށް ކޮޮަޅަށް ނުހުރެވޭނަމަ، އޭނާގެ މައްޗަށް އެރުކުން ކެނޑިދެއެވެ.
އެހެނަސް، މިޤަޥްލުތަކުން ރަނގަޅު ބުނުމަކީ، އެހެން ގުނަވަންތައް ދޮވުމާއި އެކު އެތަނުގައި ފެންފުހުމެވެ. އެބަހީ، ހާނިކަވެ އޮއްޓު އަޅާފައިވާ ގުނަވަނުގައި ވަނީ އެއޮބިގަނޑުގައި ފެންފުހުން ކަމެވެ.
އަދި ފަހަރެއްގައި ޒަޚަމެއްވެ އޮއްޓު ނޫނީ ބެންޑޭޖު ނާޅާވެސް އެޒަޚަމެއް ހާމަޔަށް ބަހައްޓާފައި ހުރެދާނެއެވެ. ވީމާ ފެން ޖައްސައިފިނަމަ އެއަށް (ނޭދެވޭ) އަޘަރު ކުރާނެނަމަ، އަދި ބޮޑަށް ލަފާކުރެވޭ ގޮތީ މިއީ ކަމުގައިވަނީނަމަ، އެގުނަވަނުގައި ފެންފުހުމުން ފުދޭނެއެވެ. އަދި އެތާނގައި އޮއްޓު (ނޫނީ ބެންޑޭޖު) އަޅާފައިވާނަމަ ވަނީ، އޭގެ މަތީ ފެންފުހުމެވެ.
މިކަމުގައި ދަލީލުނެގެނީ، ފަގުޑިއާއި ޚުއްފުގައި ފެންފުހުމުން ޤިޔާސުކޮށެވެ. އެހެނީ އިންސާނާއަށް (އެޔާއި ނުލައިހުރުމުގެ) އިޚްތިޔާރު އޮތް ޙާލަތުގައި ޚުއްފުގައި ފެންފުހުން ހުއްދަވީ ހިނދު، އަޥްލާކަން ބޮޑުވެގެންވާ މަގަށް ބަލާއިރު މިފަދަ ޟަރޫރަތުގައި ފެން ފުހުމުގެ ހުއްދަ މާ ބޮޑެވެ. އަދި މިއީ ﷲ ގެ ވަޙީ {فَٱتَّقُواْ ٱللَّهَ مَا ٱسۡتَطَعۡتُمۡ} (ފަހެ، ތިޔަބައިމީހުންނަށް ކުޅަދާނަވީވަރަކުން، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށޭ!) ވަޙީގެ މައްޗަށެވެ. އަދި މިޙާލަތުގައި އަހަރެމެންނަށް ކުޅަދާނައީ ސަލާމަތުން ހުރި ގުނަވަންތައް ދޮވުމެވެ. އަދި އެނޫން ގުނަވަން ދޮވުމުގެ ކުޅަދާނަކަމެއް ނެތެވެ. އެހެންކަމުން އޭގައި ދެންއޮތް އެއަށްވުރެ ދަށް މިންވަރަށް ޖެހޭނީއެވެ. ދޮވުން ދޫކޮށް މިކަމުގައި އޮތް މިންވަރަކީ ފެންފުހުމެވެ.
މިއާއި ޚިލާފަށް (ވުޟޫއު ގެ ގުނަވަނަކަށް ހާނިކައެއް ވުމުން) އޭނާ (ވުޟޫކުރުން) އެކީ އެއްކޮށް ދޫކޮށްލުން، މިބުނުން ބަލައިނުގަނެވެއެވެ. އެހެނީ އޭނާ ފުށުގައި (ފެން ބޭނުން ކުރުމުގެ) ކުޅަދާނަކަން އޮތުމުންނެވެ. ތަޔައްމުމް ކުރުން ވަނީ ފެން ނުލިބުމާއި ބަލިވުމުގެ ސަބަބުން (އެވާޖިބު އަދާކުރުމަށް) ކުޅަދާނަކަން އެއްވެސް ގޮތަކަށް ނެތުމުންނެވެ. ތަޔައްމުމް ވަނީ މިޙާލަތަށް ވެއްޓުމުންނެވެ. ވީމާ އޭނަ އަށް ފެންފުހުމަށް ކުޅަދާނަކަން އޮވެއްޖެނަމަ، އެކަން ބަދަލުވަނީ ފެންފުހުމުގެ މައްޗަށެވެ. ތަޔައްމުމް އަށް ވުރެ ފެންފުހުން އަޥްލާއެވެ. އަދި އޭނާއަށް ދޮވެވެންވެސް ނެތި ފެންފުހެވެންވެސް ނެތިއްޖެނަމަ، އެޙާލަތުގައި އެކަން ތަޔައްމުމަށް ބަދަލުވެއެވެ.
ވީމާ މިމައްސަލާގައި ރަނގަޅު ބުނުމަކީ، އޮބިގަނޑުގެ މަތީގައި ވަނީ ފެންފުހުން ކަމެވެ. އެކަން ޞައްޙަ ވުމަށް އޮބިގަނޑު އެޅުމުގެ ކުރިން ޠަޙާރަތުގައި ހުރުމެއް ލާޒިމެއް ނޫނެވެ. އަދި އޭގައި ފެންފުހުމުގައި ވަކި މުއްދަތެއް ވެސް ނުވެއެވެ. ❝
— ޝެއިޚް ޢަބްދު ﷲ އައްސަޢްދު (ޢުމްދަތުލް އަޙްކާމްގެ ޝަރަޙައިން، ދިހަވަ ބައި)
~ ގަލަންދާނު 🖋
•••
❞ (ވުޟޫއު އާއި ޚިލާފަށް) ޖުނުބުގެ ޣުސުލުގައި ތަރުތީބެއް ވެސް މުވާލާތެއް ވެސް ލާޒިމުވެގެން ނުވެއެވެ. ވީމާ މީހަކު ޣުސުލުވެ ނިމިގެން އޭނާގެ ގުނަވަންތައް ހިކިފައިވަނިކޮށް ވަކި ތަނެއްގައި ފެން ނުލެވޭކަން ސާފުވެއްޖެނަމަ، އެތަނެއް އޭނާ ދޮންްނާނީއެވެ. އަދި މީގެން ޖުނުބުގެ ޙަދަޘުން އޭނާ ކެނޑިހިނގައި ދާނެއެވެ. ❝
— ޝެއިޚް ސުލައިމާން އަލްޢަލްވާން
~ ގަލަންދާނު 🖋
مسألة: لا يجب في غُسل الجنابة الترتيب ولا الموالاة، فلو اغتسل وتبيَّن له بعد أن نشفِت أعضاؤه أنه لم يغسل موضعًا؛ فإنه يغسل هذا الموضع، وتكون قد ارتفعت جنابته Читать полностью…
الشيخ سليمان العلوان | 📚 شرح بلوغ المرام
🎈 ❝ Secularism is a losing proposition in this world and the hereafter. Its essence is, living without religion. Reality has revealed that secularists are the most fickle and changeable people, the greatest servants of governments in good times, and rebels against them in bad times. If one of them is unemployed and has no work, the daily newspapers welcome him with open arms as a regular writer; this is the work of the unemployed and the corruptors. This man has gone from being someone who cannot distinguish between his elbow and his wrist to a political analyst or an expert on Islamic groups. The more he calls for Westernization and corruption, the mixing of women with men and their unveiling, and attacks the constants of religion, curses the imams of truth, praises the immoral and deviant, the more titles are given to him and praise is showered. The more this idiot delves into the shadows, deviation, cursing, insults, and moral decline, and attacks on the people of knowledge and religion, the louder his voice becomes and the more his titles increase. ❞
— Shaykh Sulaymān Al-ʿAlwān
~ Galandān 🖋
العلمنة صفقة خاسرة في الدنيا والآخرة، وحقيقتها العيش بلا دين، وقد كشف الواقع أن العلمانين أكثر الناس تلونا وتقلبا وأعظم الناس عمالة للحكومات في السراء وانقلابا عليهم في الضراء، وإذا كان الواحد منهم عاطلاً لا عمل له احتضنته الصحف اليومية ليكون كاتباً على العادة؛ فهذا عمل من لا عمل له من المفسدين، وقد أصبح هذا الرجل من شخص لا يميز كوعه من كرسوعه؛ محللا سياسيا أو خبيراً بالجماعات الإسلامية، وبقدر مناداته بالتغريب والفساد واختلاط المرأة بالرجال وتبرجها وطعنه في ثوابت الدين وسبه لأئمة الصدق ومدحه للفسقة والمنحرفين؛ توضع له الألقاب، وتنثر له المدائح، وكلما توغل هذا الأبله في الظلال والانحراف والسب والشتم والانحدار في الأخلاق ومهاجمة أهل العلم والدين؛ كلما ارتفع صوته وزادت ألقابه.Читать полностью…
الشيخ سليمان العلوان | 📚 الجواهر الحسان
❕ ❞ ނަބިއްޔާގެ ނަން ޛިކުރު ކުރެވޭ ތަނުގައި (ﷺ) ޖެހުމުގެ ބަދަލުގައި (ص) ނުވަތަ (ޞ) ޖެހުމަކީ ޙަރާމް ކަމެއް ނޫނެވެ. އެހެނަސް އެކަން ވަންނަނީ އެކަމުގައި އެންމެ އަޥްލާ ގޮތާއި ޚިލާފު ގޮތްތަކުގެ ތެރެޔަށެވެ. އަދި އޭގައި އަޖުރު ގެއްލިދިޔުން ވެސް ހިމެނެއެވެ. އެއީ އެހެނަސް (ލިޔުން ކިޔާ މީހާ) ދުލުން އެ (އެރަމްޒުވާ ތަނަށް ޞަލަވާތް) ކިޔައިފިއްޔާ މެނުވީއެވެ. ❝
— އައްޝެއިޚް ސުލައިމާން އަލްޢަލްވާން (الجواهر الحسان)
~ ގަލަންދާނު 🖋
كتابة (ص) أو (صلعم) عند ذكر اسم النبي بدلاً عن ﷺ، ليست حراماً، وإنما هي خلاف الأولى، وفيه فوات الأجر مالم يكن قد لفظ بلسانه. | الشيخ سليمان العلوانЧитать полностью…
❕ މުނާފިޤު ޤާރީ
قال النبيﷺ «أكثرُ منافقي أُمَّتِي قُرَّاؤُها»
(ތިމަންކަލޭގެފާނުގެ އުއްމަތުގެ މުނާފިޤުންގެ ގިނަބައިގަނޑީ އޭގެ ޤާރީ ވެރިންނެވެ.)⁽¹⁾
އަލްޙާޔިކު ވިދާޅުވިއެވެ:
❞ އަހަރެން ދެކެނީ، މިއީ (ޞައްޙަކަމުގައި) ޙަސަން ޙަދީޘެއް ކަމުގައެވެ. މިޙަދީޘާއި މެދު، އިމާމް މާލިކު ވިދާޅުވިއެވެ:
”ފަހެ އެމީހެއް ފުށު ހެވެއް ނުވާ މީހެއް، ޤުރުއާން ކިޔަވަފާނެއެވެ. މިޒަމާނުން މިފެންނަ ޙަޤީޤަތީ، މިޙަދީޘް ގެ މާނައިގެ ޞައްޙަކަމުގެ މައްޗަށްވާ ސާފު ދަލީލެއް ފަދައެވެ.“
”ހަމަކަށަވަރުން، އެވެރިންގެ ފިޤުހުވެރީން މަދު، ޤާރީވެރިން ގިނަ، އެއިރެއްގައި ޤުރުއާނުގެ އަކުރުތައް ހިތުދަސް ކޮށް، އޭގެ ޙައްދުތައް ދޫކުރަނިވި ޒަމާނެއް، މީސްތަކުންގެ މައްޗަށް އަންނާނެތެވެ.“
”އަހަރެމެންގެ މިޒަމާނުގައި ޝަހަރުތަކާއި އެނޫން ތަންތަނުގައި ޤުރުއާން ތިލާވަތް ކުރުން ގިނަވެ އެހެނަސް އެޤުރުއާނުގެ ޙައްދުތައް ވީއްލި، އޭގެ އަހުލުންގެ ފާސިޤުވުން ތިބާއަށް ⌝ހެއްކަކަށް⌜ ފުދެއެވެ. ﷲ ގަންދީބުނަމެވެ. އެއިލާހުގެ ޙިމާޔަތާއި ތަޥްފީޤަށް އަދި ރަޙްމަތަށް އެދެމުއެވެ. އެހެނީ އެއީ އެއިލާހުފުށުން ⌝އެކަނި⌜ ވާ އެއްޗެކެވެ. އެއިލާހަށް ޝަރީކަކު ނުވެއެވެ.“
❝ If you see someone who is led astray by following the ambiguous evidence of the religion and abandoning that which is clear, then Allah’s commandment in the Qur’an is to say:
﴿رَبَّنَا لَا تُزِغۡ قُلُوبَنَا بَعۡدَ إِذۡ هَدَيۡتَنَا وَهَبۡ لَنَا مِن لَّدُنكَ رَحۡمَةًۚ﴾
“Our Lord! Do not let our hearts deviate after you have guided us. Grant us Your mercy.
— ʿAbdul Azīz Al-Ṭarīfī (text)
~ Galandān 🖋
Steadfastness
❝ Lower your gaze, seeking guidance and steadfastness through it, for fear that you might slip into what is forbidden. Allah تعالى said, warning against sins:
﴿فَتَزِلَّ قَدَمٌ بَعْدَ ثُبُوْتِها﴾
{Lest your feet will slip after they have been firm.}.
And He, the Almighty, said on the tongue of al-rāsikhūn fi l-ʿilm (those firmly established in knowledge), teaching His servants:
﴿رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا﴾
˹They say,˺ “Our Lord! Do not let our hearts deviate after you have guided us.
Ponder: {after You have guided us} and reflect upon slipping after firmness and deviation after guidance, so that you may realize the difficulty of steadfastness and the danger of relapse. It is necessary to strive hard against this, and we must not approach the forbidden, for whoever approaches the forbidden is likely to fall into it.
That is why the Prophet ﷺ used to supplicate:
«يَا مُقَلِّبَ القُلُوبِ، ثَبِّتْ قَلبِي عَلَى دِيْنِكَ»
“O Overturner of hearts, make my heart firm in Your religion.”
— Al-Shaykh Al-Muḥaddith Dr. Māhir Al-Faḥl (text)
~ Galandān