انا لله وانا اليه راجعون ، توفي ليلة البارحة الاخ ابو محمد المهاجر، اللهم ارحمه واغفر له واغفر خطاياه وتجاوز عنه واسكنه فسيح جناتك. اللهم تقبل هجرته واكتب له شهادة في سبيلك
~ ގަލަންދާނު
Join:
/channel/maktabahidayah
~Maktaba Al Hidayah~
ނަން: ބައްދަލް ވެދާނެބާ
ޅެން: އިބުނު ފަހުމީ ދީދީ،މުސާފިރު ( އަމިއްލަ ރާގް)
ރިކޯޑުކުރީ: ޣިނާޔާ (ބީޓޮލޮޖީ)
މިކްސިން އަދި މާސްޓަރިން: ޢިރުފާން
ޓެލެޖުރާމް ލިންކް: /channel/musafir_officials
----------------------------
[1] Shaykh Ibn ‘Uthaymīn said: “The correct view is that the divorced woman, if it is a revocable divorce, is like a wife who has not been divorced, i.e., she may go out to visit her neighbours or relatives, or to go to the mosque to listen to exhortation and the like. She is not like the one whose husband has died. With regard to the words, “And turn them not out of their (husband’s) homes”, what is meant by turning them out is leaving, i.e., they should not leave the house and go and live in another house.”
— End quote from Fatāwā Nūr ʿalā al-Darb
②
އަދި (އޭނާގެ) މި ޙަދީޘް ބެލެވެނީ ޖައްޔިދު ޙަދީޘްތަކުގެ ތެރޭގައެވެ. އަދި ޙަސަން ސަނަދު ތަކުގެ ތެރެއިންނެވެ. މިހެންކަމުން، މީގައި ނަބިއްޔު ﷺ އަށް ޞަލަވާތް ކިޔުމުގެ ފަޟުލު އެކުލެވެއެވެ. އަދި ނަބިއްޔު ﷺ އަށް ޞަލަވާތް ކިޔުމަކީ ފާފަ އާއި ކުށްތައް ފުއްސެވުމުގެ އަދި ދަރަޖަ އުފުއްލެވުމުގެ ސަބަބެއް ކަމާއި، އަދި ކަންބޮޑުވުންތައް ފިއްލެވުމުގެ ސަބަބެއް ކަމެވެ.
އެއީ މިބަސްފުޅުގެ މައްޗަށެވެ: (تُكْفَى هَمَّكَ) "ތިބާގެ ކަންބޮޑުވުންތަކަށް ފުދެއެވެ." އެބަހީ: ތިބާ އެކަމަކާއިގެން ކަންބޮޑުވާ ކަންކަން އަދި ބުރަކުރުވާ ކަންކަން ފިލައިދެއެވެ. އެހެނީ ހަމަކަށަވަރުން ނަބިއްޔު ﷺ އަށް ޞަލަވާތް ގިނަގުނަ ކުރުމުގެ ސަބަބުން ﷲ جل وعلا އެކަންކަން ތިބާއަށް ފުއްދަވައިދެއްވައެވެ.
އަދި މިޙަދީޘަކީ ޢާންމު އަދި މުޠްލަޤު ޙަދީޘެކެވެ. އަދި އިންސާނާ ކުރާ ކޮންމެ ކަމެއްގައިވިޔަސް، ކޮންމެ ވަޤުތެއްގައި ވިޔަސް ނުވަތަ ރޭގަނޑުގެ ކޮންމެ ވަޤުތަކަސް ނޫނީ ދުވާލުގެ ވިޔަސް، އޭގެ އަޖުރު ހޯދައިގަނެވި އޭގެ ޘަވާބު ލިއްބައިދެއެވެ.
— الشيخ سليمان العلوان
މަޞްދަރު: ”އަށްވަނަ ހުޅުވާލެވިފައިވާ ބައްދަލުވުން“ (اللقاء المفتوح الثامن) ގެ ސުވާލު ތަކުގެ ތެރެއިން.
~ ގަލަންދާން
❝ Scholars, through their efforts, sacrifices, patience, and steadfastness, change the course of history and life, opening up lands just as they open up hearts, provided that they follow the Qurʾān wherever it leads and do not revolve around the backs of rulers as ordinary people do. ❞
— Shaykh Sulaymān Al-ʿAlwān
~ Galandān 🖋
العلماء بجهادهم وتضحياتهم وصبرهم وثباتهم يغيرون مجرى التاريخ والحياة ويفتحون الديار كما فتحت لهم القلوب بشرط أن يدوروا مع القرآن حيث دار ولا يجرون خلف السلطان كما جرى الرعاع.Читать полностью…
🗯Narrators According to the Authenticity of Their Ḥadīth
❝ Narrators can be divided into three categories according to the authenticity of their ḥadīth:
First: His ḥadīth is authentic in both his early and later days; the ḥadīth of such a person is authentic without exception (of age, time or place)
Second: His ḥadīth is authentic at the beginning, but then weakens afterward. This includes the narrator ʿAbd al-Razzāq, who changed in the latter part of his life, and Hishām ibn ʿUrwah, who is an absolute authority, but whose earlier ḥadīth is more authentic than his later ones. This also applies to Saʿīd ibn Abī ʿUrwah, who became confused in the later years of his life.
Third: His later ḥadīth is more authentic than his earlier ḥadīth, like Hammām bin Yaḥyā Al-Awdhī. ❞
— Shaykh Al-Muḥaddith ʿAbdullah Al-Saʿd (text)
~ Galandān 🖋
☝️ ❝ No community that is oppressed by injustice gains strength and power except through severe trials. Thus, the Children of Israel did not defeat Pharaoh until their newborn babies were killed by him, and the believers among them were executed and crucified, and this occurred at a time when Mūsā, peace be upon him, was among them.
❞
— ʿAbdul ʿAzīz Al-Ṭarīfī
~ Galandān 🖋
لا تتمكن أمَّة بعد ظلم إلا بابتلاء شديد، فبنو إسرائيل ما انتصروا على فرعون إلا بعد أن قتّل مواليدهم ثم من آمن منهم، قتل منهم وصلب وموسى فيهم.Читать полностью…
📖 سورة العصر އިން ހަނދުމަކޮށްދިނުން
ސ: ރަސޫލު ﷲ ﷺ ގެ އަޞްޙާބު ބޭކަލުން އަރިހުން ވާރިދުވެފައިވާ ބަސްފުޅު، އެބޭކަލުން އިޖުތިމާޢު ވެލައްވަނީނަމަ، ވަކިވެވަޑައިނުގަންނަވަމޭ އެހެނަސް އަލްޢަޞްރު ސޫރަތް ކިޔަވާ ވިދާޅުވާ ގޮތުގައި މެނުވީ — މީގެ ޞަޢްޙަކަމާކީ ކޮބައިތޯއެވެ؟
ޖ: މިޙަދީޘް ރިވާކުރެއްވީ އައްޠަބަރާނީ އާއި އަލްބައިހަޤީއެވެ. އަދި އޭގެ ސަނަދު ޞާލިޙެވެ. އެހާ ވަރުގަދައެއް ނޫނެވެ. އެހެނަސް ސަނަދު ޞާލިޙެވެ.
(ޞާލިޙު: އެބަހީ ޙަސަނު ދަރަޖައާއި އެއްކަހަލައެވެ. އެހެނަސް އެއަށްވުރެ ދަށެވެ. އެހެނީ އެއީ އެއަށް ބުރަދަނެއް ދެވިދާނެ އެހެނަސް ޙުއްޖަތް ގޮތުގައި ނުބެލެވޭ މިންވަރެވެ.)
އެހެންކަމުން ބައެއް ފަހަރު މީހަކު އެ ކިޔަވައިފިނަމަ، އެއީ ހަދުމައެއް ގޮތުން އަދި އެއާޔަތްތަކުގައިވާ ފުންވެގެންވާ މާނަ ޛިކުރު ކުރުމުގެ ވަޖުހުން ކަމުގައިވާނަމަ، އަދި އޭގައި ބަޔާންވެފައިވާ ބުރަތައް ޛިކުރުކޮށް އޭނާގެ އަޚުންނަށް ހަނދުމަކޮށްދިނުމުގެ ގޮތުންނަމަ، މިއީ ހެޔޮކަމެކެވެ.
— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (އޯޑިއޯ)
~ ގަލަންދާނު 🖋
އިބްރާހީމް ބުނު އަދްހަމް رَحِمَهُ ٱللَّٰهُ ވިދާޅުވިއެވެ:
مَا صَدَقَ اللَّهَ عَبْدٌ أَحَبَّ الشُّهْرَةَ
”މަޝްހޫރުކަމަށް ލޯބިކުރާ މީހާ، ތެދުވެރިކަމެއް ﷲ އަށް ނުވެއެވެ.“
— ސިޔަރުއް ސަލަފިއް ޞާލިޙީން (ޞ. 973)
~ ގަލަންދާނު
📝 ޖަމާޢަތެއްފުށުން ސަލާމަށް އެކަކު ރައްދުދިނުން
▶️وَإِذَا حُيِّيتُم بِتَحِيَّةٍ فَحَيُّواْ بِأَحۡسَنَ مِنۡهَآ أَوۡ رُدُّوهَآۗ ◀️
ތިޔަބައިމީހުންނަށް އެއްވެސްކަހަލަ سلام އަކުން سلام ކޮށްފިނަމަ، އެއަށްވުރެ ރިވެތި سلام އަކުން ތިޔަބައިމީހުން سلام ކުރާށެވެ! ނުވަތަ އެ سلام ރައްދުކުރާށެވެ!
❞ ޖަމާޢަތެއްގެ ފުށުން އެކަކު ˺ސަލާމުގެ˹ ރައްދު ދިނުމާއިމެދު އެބޭކަލުން (ޢިލްމުވެރިން) ޚިލާފުވެލެއްވިއެވެ: އޭގެން ފުދޭނެހެއްޔެވެ؟ ނުވަތަ ނޫންހެއްޔެވެ؟
އެގޮތުން ˺އިމާމް˹ މާލިކާއި އައްޝާފިޢީ އެއިން ފުދޭނޭ ކަމަށް ކަނޑައެޅުއްވިއެވެ. އަދި އޭގެން ސަލާމް ގޮވުނު ފަރާތުން އެއާއި އެއްފަދަ ރައްދެއް ދެވިއްޖެކަމެވެ.
އެހެނަސް ކޫފާގެ ބޭކަލުން (ޙަނަފީން) ކަނޑައެޅުއްވީ އެސަލާމަށް ރައްދުދިނުމީ ˺ޖަމާޢަތުގައިވީ ކޮންމެ ވަކި ފަރުދެއްގެ މައްޗަށް˹ ޢައިނިއްޔަ ފަރުޟެއްކަމެވެ. ބުނޫއެވެ: ސަލާމް ގޮވުމާއި އެއަށް ރައްދުދިނުން ތަފާތުވެގެން ވެއެވެ. އެހެނީ އެކަން އިސްވެކުރުމީ (تطوع) ސުންނަތް ކަމެކެވެ. އަދި އެއަށް ރައްދުދިނުމީ ފަރުޟުވަންތަ ކަމެކެވެ. އަދި ސަލާމް ގޮވުނު ފަރާތް ނޫން އެހެން ފަރާތަކުން އެއަށް ރައްދުދިނަސް އެއަށް ރައްދުދިނުމުގެ ފަރުޟު އެސަލާމް ގޮވުނު ފަރާތުގެ ބޮލުން ކެނޑިގެން ނުދާ ކަމުގައެވެ. އެހެން ކަމުން ކޮންމެ ފަރުދެއްގެ މައްޗަށް ސަލާމަށް ރައްދުދިނުން ލާޒިމުވުން މިއިން ދަލީލުކުރާކަމުގައެވެ. އެއީ ˺މިމައްސަލާގައި ވަރުގަދަޔަށް ހިއްޕެވި މިންވަރުން˹ ޤަތާދާ އާއި އަލްޙަސަން މިހެން ވިދާޅުވުމާއި ހަމައަށެވެ: ”ނަމާދު ކުރަން ހުރެއްޖެ މީހާއަށް ސަލާމް ގޮވިއްޖެނަމަ އޭނާ އެއަށް އަނގަބަހުން ރައްދު ދިނުން ވެއެވެ. އަދި އެއިން އޭނާގެ ނަމާދު ބާޠިލުނުވެއެވެ. އެހެނީ އޭނާ އެކުޅައީ އޭނާއަށް އަމުރުވެވިގެންވީ ކަމެކެވެ.“
އަދި މިބުނުމުގެ ޚިލާފުގައިވާ ބޭކަލުން، ފުރަތަމަ އެއްޗަކަށް ޙުއްޖަތް ގެންނެވީ އަބޫ ދާވޫދު، ޢަލިއްޔު ބުނު އަބީ ޠާލިބު އަރިހުން ނަބިއްޔު ﷺ އަރިހުން ރިވާކުރެއްވި ޙަދީޘެވެ. ޙަދީޘް ކުރެއްވިޔޭ:
يُجْزِئُ عن الْجَماعَةِ إِذَا مَرُّوا أَنْ يُسَلِّمَ أَحَدُهُمْ، وَيُجْزِئُ عن الْجُلُوسِ أَنْ يَرُدَّ أَحَدُهُمْ
ބައިގަނޑަކު ހިނގާފައި ދާނަމަ އޭގެން އެކަކު ސަލާމް ދިނުން ފުދެއެވެ. އަދި އިށީނދެ ތިބިބަޔަކު ތެރެއިން އެކަކު (ސަލާމަށް) ރައްދު ދިނުމުން ފުދެއެވެ.
يسلم القليل على الكثير
މަދު މީސް ގިނަ މީސްތަކުންނަށް ސަލާމް ގޮވާށެވެ.
يسلم الراكب على الماشي وإذا سلم واحد من القوم أجزأ عنهم
ސަވާރީގައިވާ މީހާއަށް ވަނީ ހިނގައިފާދާ މީހާއަށް ސަލާމް ގޮވުމެވެ. އަދި އެކަކު މުޅި އެންމެން ފަރާތުން ސަލާމް ގޮވުމުން ފުދެއެވެ.
💎 ބައެއް ފަތްފުށްތަކުގައި ވެއެވެ:
އިންސާނާގެ ފުށުގައި ތިނެއްޗެއް ވެއެވެ: ބަދުފާލާއި، ޝައްކާއި ޙަސަދައެވެ.
⬆️ބަދުފާލުން ސަލާމަތްވުމުގެ މަގަކީ: ނުއެނބުރުމެވެ.
⬆️ހީ އިން ސަލާމަތްވުމުގެ މަގަކީ: ނުފުއްދުމެވެ.
⬆️ޙަސަދައިން ސަލާމަތްވުމުގެ މަގަކީ: އަނިޔާވެރި ނުވުމުންނެވެ.
ޝަރަޙަ:
⬆️ނުއެނބުރުން، އެބަހީ: އޭނާގެ މަގުޞަދުންނެވެ. އަދިކިއެއްތަ؟ އެމަޤުޞަދުގައި ކުރިޔަށް ދިޔުމަށް ޢަޒުމު ކަނޑައަޅައި ރައްބަށް ތަވައްކަލް ކުރާނީއެވެ.
⬆️ނުފުއްދުން، އެބަހީ: އޭނާގެ ހީގެ މައްޗަށް އޭނާ ޢަމަލުނުކުރުމެވެ. އަދިކިއެއްތަ؟ އެއީ ކަށަވަރު އެއްޗެއް ގޮތުގައި ދެކުމުންނާއި އެހިޔަށް ޢަމަލުކުރުމުން ވީއްލިގަތުމެވެ.
⬆️އަނިޔާވެރި ނުވުން، އެބަހީ: ޙަސަދަލެވުނު ފަރާތަށެވެ. އޭނާއަށް ގެއްލުމެއް ދިނުމުންނާއި އޭނާގެ ނިޢުމަތް ނެތިދިިޔުމަށް އުއްމީދު ލުމުންނެވެ.
— ބަސްކޮޅު ، އަޞްލު: އަލްމަނާވީ "فيض القدير" (3 / 402) (4 / 595)
~ ގަލަންދާނު 🖋
ـــــــــــــ
ނޯޓް: މި ބަސްކޮޅު މަރުފޫޢު ކޮށް ރަސޫލު ﷲ ﷺ އަރިހުން ސަނަދާއިއެކު ތަފާތު މަގުތަކަކުން ރިވާވެފައިވެއެވެ. އެހެނަސް އެއެންމެހާ ސަނަދުތަކެއްވެސް ޟަޢީފެވެ. (ތަފްޞީލް)
❞ އީމާން ކަމުގެ އަހުލުން 4 ޞިފަޔަކުން ﷲ ވަނީ ޞިފަކުރައްވާފައެވެ. ވީމާ މިޞިފަތަކާއި ތިބާއާއި ހުރިނެތްގޮތް ރަނގަޅަށް ބަލާށެވެ:
▫️📖▫️▶️أَذِلَّةٍ عَلَى ٱلۡمُؤۡمِنِينَ أَعِزَّةٍ عَلَى ٱلۡكَٰفِرِينَ يُجَٰهِدُونَ فِى سَبِيلِ ٱللَّهِ وَلَا يَخَافُونَ لَوۡمَةَ لَآئِمٍۚ◀️
⬆️އެއީ مؤمن ންގެ މައްޗަށް އޯގާވެރި، މަޑުމައިތިރި ބަޔެކެވެ.
⬆️كافر ންގެ މައްޗަށް ގަދަފަދަ عزّة ތެރި ބަޔެކެވެ.
⬆️اللَّه ގެ މަގުގައި އެއުރެން جهاد ކުރާނެތެވެ.
⬆️އަދި މަލާމާތްކުރާ މީހެއްގެ މަލާމާތަކަށް އެއުރެން ބިރެއް ނުގަންނާނެތެވެ.
— ޝެއިޚް ސުލައިމާން އަލްޢަލްވާން
~ ގަލަންދާނު
وصف الله أهل الإيمان بأربع صفات فانظر أين أنت من هذه الصفات؟ ﴿أَذِلَّةٍ عَلَى الْمُؤْمِنِينَ أَعِزَّةٍ عَلَى الْكَافِرِينَ يُجَاهِدُونَ فِي سَبِيلِ اللَّهِ وَلَا يَخَافُونَ لَوْمَةَ لَائِمٍ﴾.Читать полностью…
~ Galandān 🖋
على ما في العالم اليوم من الأحداث المؤلمة، فإن الأمل كبير في النصر، وقد كشفت الأحداث مزيداً من المنافقين وميزت الصفوف وأظهرت الخونة على حقيقتهم.Читать полностью…
🔗ނޯޓް: މިޅެމުގެ މައިގަނޑު ކަޑި އަދި އޭގެން ބަޔެށް ވަޒަންތައް ބިނާ ކޮށްފައިވަނީ، ގަލަންދާނުގެ މުއައްސިސުގެ މިޅެމުން ކަމުގައި ވިޔަސް، އޭގެ ބޮޑުތަރުތީބެއް ކޮށްފައިވަނީ މުސާފިރް އެވެ.
جزاهم الله خيراً وزادهم توفيقاً
~ ގަލަންދާން
ނަން: ބައްދަލް ވެދާނެބާ
ޅެން: އިބުނު ފަހުމީ ދީދީ،މުސާފިރު ( އަމިއްލަ ރާގް)
ރިކޯޑުކުރީ: ޣިނާޔާ (ބީޓޮލޮޖީ)
މިކްސިން އަދި މާސްޓަރިން: ޢިރުފާން
ޓެލެޖުރާމް ލިންކް: /channel/musafir_officials
Ijmāʿ On Prohibition Of Women Moving Out From Their Marital Home In The Waiting Period After The Divorce (ʿIddah)
Allah says:
▶️لَا تُخۡرِجُوهُنَّ مِنۢ بُيُوتِهِنَّ وَلَا يَخۡرُجۡنَ إِلَّآ أَن يَأۡتِينَ بِفَٰحِشَةٍ مُّبَيِّنَةٍۚ وَتِلۡكَ حُدُودُ ٱللَّهِۚ وَمَن يَتَعَدَّ حُدُودَ ٱللَّهِ فَقَدۡ ظَلَمَ نَفۡسَهُۥۚ ◀️
{And turn them not out of their (husband’s) homes nor shall they (themselves) leave, except in case they are guilty of some open illegal sexual intercourse. And those are the set limits of Allah. And whosoever transgresses the set limits of Allah, then indeed he has wronged himself.} [Al-Ṭalāq, Verse 1]
So here Allah orders:
1⃣The husband to not move out the divorced wife during the waiting period , rather Allah refers to the home as "her home".
2⃣Allah orders the wife to not to move out from the home in her waiting period.
Ibn ʿAbd Al-Barr stated:
وأجمعوا أن المطلقة طلاقاً يملك فيه زوجها رجعتها أنها لا تنتقل من بيتها
①
📌 ހުކުރު ވިލޭރެޔާއި ހުކުރު ދުވަހު ނަބިއްޔު ﷺ އަށް ޞަލަވާތް ކިޔުން ޚާއްޞަ ވުން
ސުވާލު: ﷲ ތިބާއަށް ޢަފޫ ކުރައްވާށިއެވެ. ޝައިޚެވެ! ނަބިއްޔު ﷺ އަރިހުން ހުކުރު ވިލޭރެޔާއި ހުކުރު ދުވަހުގައި އެކަލޭގެފާނަށް ޞަލަވާތް ކިޔުމުގެ މާތްކަމާއި މެދު ވާރިދުވެފައިވޭ ހެއްޔެވެ؟
ޖަވާބު: އާއެކެވެ. މިކަމުގެ މައްޗަށް ގިނަ ޙަދީޘްތަކެއް ވާރިދުވެފައިވެއެވެ. ގާތްގަނޑަކަށް ފަނަރަ ޙަދީޘް އާއި ގާތްކުރެއެވެ. އެހެނަސް އެއިން އެއްވެސް އެއްޗެއް ޞައްޙައެއް ނޫނެވެ. އަދި އެހުރިހާ އެއްޗެއްވެސް މަޢްލޫލެވެ. (ޞައްޙަ ނޫންކަމުގެ ޢައިބު އެކުލެވެއެވެ.)
އަދި އެކަތި ކޮށްގެން އެ (ރިވާޔަތްތައް) ވަރުގަދަވެއެވެ. އެހެނީ (ސަނަދު ތަކުގެ) ބައެއް މަގުތައް ވަރުގަދައެވެ. އަދި ބައެއް ޢިލްމުވެރިން އޭގެ ތެރެއިން ބައެއް ރިވާޔަތްތައް ޞައްޙަ ކަމަށް ކަނޑައެޅުއްވި އެވެ. އަދި ހުކުރު ދުވަހާއި އޭގެ ވިލޭރޭ ނަބިއްޔު ﷺ ގެ މައްޗަށް ޞަލަވާތް ކިޔުމުގެ ފަޟުލު އާއިމެދު ވާރިދުވެފައިވާ ޙަދީޘްތައް އެކުލަވާލުމުގައި އެންމެ މޮޅުއިތުރު ފޮތުގެ ތެރޭގައިވަނީ އަލްއިމާމް އިބްނުލް ޤައްޔިމް -رحمه الله- ގެ «جلاء الأفهام في فضل الصلاة على سيد الأنام»
އަދި ހަމައެފަދައިން މިކަމުގެ މައްޗަށް ވާ ޙަދީޘްތައް އައްސަޚާވީ ވެސް ހަމަ ނަބިއްޔު ﷺ އަށް ޞަލަވާތް ކިޔުމުގެ ފަޟުލު އާއިމެދުވާ ފޮތުގައި އެކުލަވާލެއްވި އެވެ.
އަދި އަލްޙާފިޡް އިބްނު ކަޘީރު، ﷲ جل وعلا ގެ ބަސް ވަޙީ ﴿إِنَّ اللَّهَ وَمَلائِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا﴾ [الأحزاب: 56] — މިއާޔަތުގެ ތަފްސީރުގެ ދަށުންވެސް މީގެ ތެރެއިން ބައެއް (ރިވާޔަތްތައް) ޛިކުރުކުރެއްވިއެވެ.
އަދި ނަބިއްޔު ﷺ އަށް ޖުމްލަގޮތެއްގައި ޞަލަވާތް ކިޔުމަކީ ކަށަވަރުކޮށް ޝަރުޢުވެގެންވާ ކަމެކެވެ. އަދި އޭގައި މަތިވެރިވެގެންވާ ފަޟުލަކާއި ބޮޑު ޘަވާބެއް ވެއެވެ. އަދި ނަބިއްޔު ﷺ ޙަދީޘް ކުރައްވާފައިވެއެވެ: «مَنْ صَلَّى عَلَيَّ صَلاَةً صَلَّى اللهُ عَلَيْهِ بِهَا عَشْرًا» ”ތިމަންކަލޭގެފާނަށް ޞަލަވާތް ކިޔައިފި މީހަކަށް، ﷲ އޭނާގެ މައްޗަށް އެއިން ދިހަ ފަހަރު ޞަލަވާތް ލައްވަތެވެ.“ (ރިވާކުރެއްވީ) މުސްލިމް އެކަލޭގެފާނުގެ "ޞަޙީޙު" ގައެވެ. އަދި އަބޫ ހުރައިރާ ގެ ޙަދީޘް ތަކުންނާއި ޢަބްދު ﷲ ބުނު ޢަމްރު ބުނުލް ޢާޞްގެ ޙަދީޘްތަކުން މުސްލިމް މި ރިވާކުރެއްވިއެވެ.
އަދި ނަބިއްޔު ﷺ އަށް ޞަލަވާތް ކިޔުމުގައި އެންމެ މޮޅުއިތުރީ އިބްރާހިމިއްޔަ ޞަލަވާތެވެ. އަދި އޭގެ ވައްޓަފާޅިއަކީ: (اللّهُـمَّ صَلِّ عَلـى مُحمَّـد، وَعَلـى آلِ مُحمَّد، كَمـا صَلَّيـتَ عَلـى إبْراهـيمَ وَعَلـى آلِ إبْراهـيم، إِنَّكَ حَمـيدٌ مَجـيد ، اللّهُـمَّ بارِكْ عَلـى مُحمَّـد...) އޭގެ ނިޔަލަށެވެ.
އަދި ތިބާއަށް اللَّهُمَّ صَلِّ وَ سَلِّمْ عَلَى مُحَمَّدٍ ކިޔުންވެސް އެބައޮތެވެ. އެއީ ﷲ جل وعلا ގެ މި ވަޙީ ބަސްފުޅުގެ މައްޗަށެވެ: ﴿صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا﴾ [الأحزاب: 56] (...އަދި އެކަލޭގެފާނުގެ މައްޗަށް سلام ލެއްވުންއެދި ތިޔަބައިމީހުން ގިނަގިނައިން دُعَاء ކުރާށެވެ!“)
އަދި ނަބިއްޔު ﷺ ގެ މައްޗަށް ގިނަގުނައިން ޞަލަވާތް ކިޔުން މުސްތަޙައްބު ވެގެންވެއެވެ. އެއީ އުބައްޔު ގެ ޙަދީޘްގެ ދަލީލުގެ މައްޗަށެވެ. އެކަލޭގެފާނުގެ ނަބިއްޔު ﷺ އަށް ދެންނެވި ކަމަށެވެ: އަހަރެންގެ ދުޢާ ގައި ކަލޭގެފާނަށް ޞަލަވާތް އެކުލަވާލަންވީ ކިހާވަރަކަށްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ: (ما شئت) ”ތިބާ އެދޭ މިންވަރަކަށެވެ.“ ދެންނެވީމެވެ: ހަތަރުބައި ކުޅަ އެއްބައި ގައި އެކުލަވާލަންތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ: (ما شئت) ”ތިބާ އެދޭ މިންވަރަކަށެވެ.“ދެންނެވީމެވެ: އޭގެ ދެބައިކުޅަ އެއްބައިތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ: (ما شئت) ”ތިބާ އެދޭ މިންވަރަކަށެވެ.“ ދެންނެވީމެވެ: ތިންބައިކުޅަ ދެބައި ގައި އެކުލަވާލަންތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ: (ما شئت) ”ތިބާ އެދޭ މިންވަރަކަށެވެ.“ ދެންނެވީމެވެ: މުޅި ދުޢާ ގައި ކަލޭގެފާނަށް (ޞަލަވާތް) އެކުލަވާލަން ތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ: (إِذًا تُكْفَى هَمَّكَ وَيُغْفَرُ لَكَ ذَنْبُكَ) ”އެހެންވެއްޖެނަމަ ތިބާގެ ކަންބޮޑުވުންތައް ފުދި ތިބާގެ ފާފަތައް ތިބާއަށް ފުއްސެވޭނެތެވެ.“ އަދި މިރިވާޔަތަކީ އައްތިރުމިޛީ ގެ ރިވާޔަތެކެވެ. އަދި އޭގެ ސަނަދުގައި ޢަބްދު ﷲ ބުނު މުޙައްމަދު ބުނު ޢުޤައިލް ހިމެނެއެވެ. އޭނާއަކީ ހިތުންކިޔައިދިނުމުގައި ކުށްޖެހޭ އެހެނަސް (صدوق) ތެދުވެރިޔެކެވެ. އަދި (އެހެން ރިވާޔަތަކާއި) ޚިލާފުނުވާހިނދު، އަދި (ޙަދީޘްގެ) އަޞްލުގައި އޭނާ އެކަހެރިނުވާނަމަ، އެހިނދު އޭނާގެ ޙަދީޘްތަކަކީ ޖައްޔިދު (ބަރާބަރު) ޙަދީޘެވެ.
=
ޝައިޚް ބަކުރު އަބޫ ޒައިދުގެ ރިސާލާ، حَدُّ الثَّوْبِ وَالْأُزْرَةِ ގެ މައްޗަށް "އިޒާރުގެ ޙާލަތްތައް" ~ ގަލަންދާނު
Читать полностью…Question: What is the ruling on transferring money via mobile phone in the mosque? Does it fall under the category of buying and selling, which is prohibited in the mosque?
Answer:
❝ There is no problem in merely transferring money without making a business deal.
When two men ˹inside the Prophet's mosque˺ were speaking to solve a debt and their voices rose, the Prophet ﷺ told one of them to pay a share from the debt⁽¹⁾.
The Prophet ﷺ approved of them collecting debts in the mosque. This indicates that there is leniency in this matter. What is prohibited is making commercial deals: buying and selling, advertising, and marketing. Such activities should not be conducted in the mosque. Similarly, seeking lost property should not be done in the mosque, because mosques were built for prayer, remembrance, and worship, and were not built for making commercial deals, advertising and announcements, and the like. ❞
— Saʿd Al-Khathlān (fatwa)
~ Galandān 🖋
------------------------
[1] Narrated by Al-Bukhārī: 457, and Muslim: 1558
⚠️ ދައްޔޫޘުނާއި ބެހޭ ޙަދީޘުގެ އިޚްތިލާފުވުން އޭގެ ފާފަ އާއި ނުބައިކަން ނަފީ ނުކުރެއެވެ.
އައްޝެއިޚް އަލްމުޙައްދިޘް މުޞްޠަފާ އަލްޢަދަވީ ވިދާޅުވިއެވެ:
”..ސުވާލަކީ ދައްޔޫޘު ⁽¹⁾ މީހާ އާއި ބެހޭގޮތުން ވާރިދުވެފައިވާ ޙަދީޘުތައް، އެހުރިހާ ތަކެއްޗީ އެހެންޏާ ޞައްޙަ ނޫނީ ޟަޢީފު ތަކެތި ހެއްޔޭވެ؟ އެއީ މިޘާލަކަށް ”ޖަންނަތަކަށް ދައްޔޫޘު ނުވެއްދެވޭނޭ“ އޮތް ޙަދީޘު ފަދައެވެ.
(ޖަވާބު) މި މަޥްޟޫޢު ގައި ވާރިދުވެފައިވާ އެންމެހާ ޙަދީޘެއްގެ ސަނަދުތަކުގައިވެސް ބަލިކަށިކަން ވެއެވެ. އެހެނަސް މީގެ މާނައީ ޝަރުޢުން ދައްޔޫޘެއް ވީއްލިގެން ވުމެއް ނޫނެވެ. ކަށަވަރުންވެސް އެޔެއް ނޫނެވެ. އަދިކިއެއްތަ އެއީ ކުށްވެރިވެގެންވާ މީހެކެވެ. އަދި އެއްވެސް ޝައްކެތް ނެތް ގޮތުގައި ދައްޔޫޘަކީ ފާފަވެރިއެކެވެ.
ﷲ ވަޙީ ކުރަވަނީ:{قُوٓاْ أَنفُسَكُمۡ وَأَهۡلِيكُمۡ نَارًا وَقُودُهَا ٱلنَّاسُ وَٱلۡحِجَارَةُ} [ތިޔަބައިމީހުންގެ نَفْس ތަކާއި އަދި ތިޔަބައިމީހުންގެ أَهْل ވެރިން (އަނބިދަރިން) ނަރަކައިން ސަލާމަތްކުރާށެވެ. އެ ނަރަކައިގެ ދަރަކީ މީސްތަކުންނާއި ހިލައެވެ.]
އަދި ނަބިއްޔު (ﷺ) ޙަދީޘް ކުރައްވަނީ: «كُلُّكُمْ رَاعٍ وَكُلُّكُمْ مَسْئُولٌ عَنْ رَعِيَّتِهِ» (ތިޔަބައިމީހުން ކުރެ ކޮންމެ މީހަކީ ވެސް ބަލަދުވެރިއެކެވެ. އެ މީހެއްގެ ބެލުމުގެ ދަށުގައިވާ މީހުންނާ މެދު ސުވާލު ވެވޭނެ މީހެކެވެ.).
މިއާއިއެކު، الديوث ގެ ލަފުޛު ޛިކުރުވެފައިވާ ހުރިހާ ޙަދީޘެއް ވެސް، އަހަރެންނަށް އެނގިފައިވާ ގޮތުން ޟަޢީފެވެ.“ — اهـ.
އަބޫ ޢަލީ އަލްޙަސަނީ ވިދާޅުވިއެވެ:
”އައްދައްޔޫޘު ގެ ކަންތަކުގައި ޙަދީޘެއް ޞައްޙަވެފައި ނުވެއެވެ. އަދި ޙަދީޘުތައް އެކަމުގައި ޟަޢީފު ވުމުން ދައްޔޫޘަކީ ކުއްވެރިވެގެން ނުވާ މީހެއް ކަމުގައި ލާޒިމުނުވެއެވެ. ފަހެ ދައްޔޫޘަކީ ޚަލްޤުތަކުން ކުރެ އެންމެ ނުބައި މީހުންތެރޭ މީހެކެވެ.“
ޢަލްމުޙައްދިޘް ޢުމަރު އަލްމުޤްބިލް ވިދާޅުވިއެވެ:
”މިޙަދީޘު ތަފާތު ގޮތްތަކަކުން ރިވާވެފައިވެއެވެ. އެއެންމެހާ އެއްޗެއްވެސް ބަލިކަށިވުމުން ނެއްޓިފައި ނުވެއެވެ. ބައެއް މުތައައްޚިރު ˺އުޞޫލުގެ˹ ބޭކަލުން ގިނަގުނަ ޝަވާހިދު (އެކަތި އަނެކެއްޗަށް ބާރުދޭ) ރިވާޔަތްތައް ހުރުމުގެ މައްޗަށް (އެރިވާޔަތުގެ ދަރަޖަ) ގަދަކުރައްވައެވެ.
🤚 އިބްނު ޚުޒައިމާ ގެ ކިތާބުއް ތަޥްޙީދުގެ ޝަރަޙައިގައި ޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު މިޙަދީޘުގެ ދަށުން ވިދާޅުވިއެވެ:
”އޭގެ ސަނަދު (لا بئس به) އެވެ. (ގޯސްކަމެއް ނުވެޔޭ އެވެ.) އަދި އިބްނު ޚުޒައިމާ މި ސަނަދު ބޭނުން ކުރައްވާފައި ވުމީ އެ ވަރުގަދަ ކޮށްދޭ ކަމެކެވެ.“
އަދި މުޞްޠަފާ އަލްޢަދަވީ ހަމަ އެފޮތުގެ ތަޣްލީޤު ގެ ތެރެއިން އެޙަދީޘު އަދި އެބާބުގައި ޙަދީޘެއް ޘާބިތު ނޫން ކަމުގައި ވިދާޅުވިއެވެ.
📝 އަހަރެން ބުނަމެވެ: ޙަދީޘު ޢިލްމުވެރިންގެ ބަސްމަގު ގައި، لا بئس به ގެ މުރާދަކީ، ޙަސަނު ޙަދީޘެއް ވުރެ ދަށް މިންވަރެކެވެ. އަދި އަބޫ ޙާތިމް އާއި އެނޫން ބޭކަލުން އެހެން ވިދާޅުވުމާއި އެކު «يكتب حديثه» (އޭނާގެ ޙަދީޘު ލިޔެވެޔޭ) ވިދާޅުވެތެވެ. އެބަހީ އަސާސީ ޙުއްޖަތެއް ގޮތުގައި ނުނެގޭ އެހެނަސް ޙުއްޖަތް ނެގެވޭ ޞައްޙަ ރިވާޔަތަކަށް ބާރުދޭން ބޭނުން ކުރެވޭ މިންވަރުގެ ޙަދީޘުތަކެވެ. ނުވަތަ ރާވީންނެވެ. އެހެނަސް އިތުރު އެހެން ޞައްޙަ ރިވާޔަތަކާއި ނުލައި އެޙަދީޘު، ފަރުދީކޮށް އޮވެއްޖެނަމަ، ޙުއްޖަތެއް ގޮތުގައި ނުނެގޭ ތަކެއްޗެވެ. އައްޛަހަބީ (السير 6\360) ވިދާޅުވިއެވެ (ޚުލާސާކުރެވިފައި) : ”އަބޫ ޙާތިމް އައްރާޒީ މިހެން ވިދާޅުވެއްޖެނަމަ، އެމީހަކީ އެކަލޭގެފާނުގެ އަރިހުގައި ޙުއްޖަތެއް ނޫނެވެ.“ އިބްނު މަޢީން މިބަސްފުޅު ވިދާޅުމާއި މެދު، އިބްނު ޢަދިއްޔު ވިދާޅުވިއެވެ: ”އެބަހީ ޖުމްލަގޮތެއްގައި ބަލިކަށި ރާވީއެއް ކަމެވެ.“
🔗ދައްޔޫޘުގެ ލަފުޛު އެކުލެވޭ ރިވާޔަތް ތަކުގެ ތަޚްރީޖަކަށް، ޝެއިޚް މުޙައްމަދު ބުނު މަޙްމޫދުލް މަލާވީ ގެ މިދިރާސާ އަށް ރުޖޫޢަވާށެވެ.
~ ގަލަންދާނު 🖋
ــــــــــ
[1] ދައްޔޫޘުގެ މާނަ:
"މި މައުލޫގައި ވާރިދުވެގެންވާ ނައްސުތަކަށް ބެލުމުށް ހާމަވާ ކަމަކީ، ދައްޔޫޘުންނަކީ، ތިމާގެ ބެލުމުގެ ދަށުގައިވާ، އަނބީން، އަންހެންދަރިން، އަންހެން ކޮއްކޮއިން އަދި މިފަދަ އެންމެހާއި މީހުން، ފާޙިޝް މުޑުދާރު ކަންކަން، އެއީ ޒިނޭ އާއި ޒިނޭއަށް މަގުފަހި ކުރުވާ ކަންކަމާއި، ޢައުރާ ރަނގަޅަށް ނިވާ ނުކުރުމާއި، މަޙްރަމުން ނޫން މީހުންނާއި އެކަނިވުމަށް ދޫކޮށްލުމާއި، މަޙްރަމުން ނޫން މީހުން ކުރިމަތީގައި ޢައުރަ ނިވާ ނުކުރުމާއި، ބޭރަށް ނިކުންނަ އިރު ޒީނަތްތެރިކަން ފާޅުކުރުމާއި، އެހެން ފިރިހެނުން ލެންބުވުން ފަދަ ކަންކަން ކުރާ ހިނދު މަނާ ނުކުރާ ކޮންމެ ފިރިހެނެކެވެ. " فتاوى اللجنة الدائمة: 17/ 197 ، މި ތަރުޖަމާ ނެގިފައިވަނީ ޢިލްމީ ބުސްތާނު ޗެނަލް އިން)Читать полностью…
• • •
ސ: މިސްކިތުގައި އާންމުކޮށް ބައެއް މީހުން ސުތުރާ އެއް ނުބަހައްޓައި ނަމާދަށް ތިބެއެވެ. މިގޮތަށް ނަމާދަށް ހުންނަ މީހެއް ކުރިމަތިން ހުރަސްކުރެވޭނެ ވަކި ދުރުމިނެއް އޮވޭތޯ؟
ޖަވާބު: ”ފިޤުހު ޢިލްމުވެރިން އޭގެ މިންގަނޑަކަށް 3 މުށް ކަނޑައަޅުއްވައެވެ.“
— ޖަވާބު ދެއްވީ: އައްޝެއިޚް ސުލައިމާން އަލްޢަލްވާން (شرح حديث عائشة، ص. ٧)
~ ގަލަންދާނު 🖋
السؤال: شخص لم يضع سترة ثم أراد شخص أن يجتاز؟Читать полностью…
الجواب: الفقهاء حددوا ثلاثة أذرع.
Ibrāhīm bin Ad'ham (163 H.) stated: “Excessive viewing of falsehood dulls the heart's ability to perceive the truth.”
وَقَالَ إِبْرَاهِيمُ بْنُ أَدْهَمَ: كَثْرَةُ النَّظَرِ إِلَى الْبَاطِلِ يَذْهِبُ بِمَعْرِفَةِ الْحَقِّ مِنَ الْقَلْبِ
—Siyar Al-Salaf Al-Ṣāliḥīn (p. 973)
~ Galandān 🖋
✨ ކޮންމެ ފިޔަވަޅަކަށް އަހަރެއްގެ ސަވާބެވެ.
❞ އަބޫ ދާވޫދު އެކަލޭގެފާނުގެ "ސުނަން" ގައި އަޥްސު ބުނު އަޥްސް އައްޘަޤަފީ ގެ ޙަދީޘުތަކުން ރިވާކުރެއްވިޔޭ، ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ:
«مَنْ غَسَّلَ يَوْمَ الْجُمُعَةِ وَاغْتَسَلَ ، ثُمَّ بَكَّرَ وَابْتَكَرَ ، وَمَشَى وَلَمْ يَرْكَبْ ، وَدَنَا مِنْ الإِمَامِ ، فَاسْتَمَعَ وَلَمْ يَلْغُ ، كَانَ لَهُ بِكُلِّ خُطْوَةٍ عَمَلُ سَنَةٍ ؛ أَجْرُ صِيَامِهَا وَقِيَامِهَا»
”ރަނގަޅަށް ބޯދޮވެ ފެންވަރާ ހިނައިގަނެ އަވަހަށް ހުކުރަށް އައިސް ފުރަތަމަ ޚުތުބާ ލިބެ، (އަދި އައުމަށް) އެއްޗަކަށް ސަވާރުނުވެ ހިނގާފައި އައިސް، އިމާމާއި ކައިރިވެ ޚުތުބާ އަޑުއަހައި ވާހަކަ ނުދައްކައި (މިފަދައިން ކަންކޮށްފިނަމަ) އޭނާގެ ކޮންމެ ފިޔަވަޅަކަށް އަހަރުގެ ރޭއަޅުކަމާއި އަދި ރޯދަހިފުމުގެ ހެޔޮކަން ލިޔުއްވޭ ހުއްޓެވެ.“
⬆️ ❞ އިސްލާމީ ޝަރީޢަތް ވަނީ އިންސާނީ ކަރާމާތް ނަގާލާ ކޮންމެ ކަމެއް ޙަރާމް ކޮށްފައެވެ. ހަނގުރާމަޔާއި އަމާނުގައެވެ. ދައްޗާއި އުނދަގުލުގައިވެސް އެވެ. ވީމާ އަސީރުންނާއި ގުޅުން ހުރި ޝަރުޢުތަކަށް ނިކަން ނަޒަރުހިންގަބަލާށެވެ! އޭގެ ދަރުމައިގެ އެންމެބޮޑު ނަސީބެއް ލައްވާފައިވަނީ އެވެރިންނާއި މެދު އޯގާތެރިވެ އެވެރިންނާއިމެދު ރަޙުމް ކުރުމުގެ މައްޗަށެވެ. އަދި އެވެރިންގެ ބޭނުންތަކުގައި އެހީފޯރުކޮށްދިނުމުގެ މައްޗަށެވެ. އަދި ﷲ ވަނީ އެއިލާހުގެ ހެޔޮލަފާ އަޅުތަކުން ޞިފަކުރައްވަމުން މިހެން ވަޙީ ކުރައްވާފައެވެ:
▶️وَيُطْعِمُونَ الطَّعَامَ عَلَى حُبِّهِ مِسْكِينًا وَيَتِيمًا وَأَسِيرًا◀️ [سورة الانسان - الآية 8]
"އަދި އެއިލާހަށް ލޯބިން [ނުވަތަ މާނައީ: އެކާތަކެއްޗަށް ޚުދު ޝަޥްޤުވެރިވެފައި ވީހިނދުވެސް] މިސްކީނުންނާއި ޔަތީމުންނާއި ހައްޔަރުވެފައިވާ މީހުންނަށް އެއުރެން ކާންދެތެވެ." ⁽¹⁾ ❝
— އައްޝެއިޚް ސުލައިމާން އަލްޢަލްވާން
~ ގަލަންދާނު 🖋
ــــــــــــــ
[1] މިއާޔަތުގެ ތަފްސީރާއިމެދު އަހަރެމެން ކުރިން ވާނީ ލިޔުމެއް ގެނެސްދީފައެވެ. (ބަލައިލުމަށް)
إن الشريعة الإسلامية حرّمت كل ما يخل بالقيم الإنسانية، في الحرب والسلم وفي المنشط والمكره، فتأمل تشريعها في حالة الأسرى فقد ضربت القدح المعلى في الرفق بالأسرى والرحمة بهم، والعناية بشأنهم، وقد قال الله تعالى في وصف عباده الأبرار: {وَيُطْعِمُونَ الطَّعَامَ عَلَى حُبِّهِ مِسْكِيناً وَيَتِيماً وَأَسِيراً}.Читать полностью…
ʿAbdul Malik Al-ʿAlwān: I asked my father about the saying that the language of the people of Paradise is Arabic.
He replied: This has not been proven from the Prophet ﷺ nor from any of the Companions, and it is not permissible to ascertain something for which there is no proven text or sound consensus.
As for the ḥadīth narrated by Al-Ḥākim attributing to the Prophet, saying, "Love the Arabs for three reasons" and for the third it was mentioned "the inhabitants of Jannah speak Arabic." — this is a fabricated ḥadīth. (Mawḍūʿ).
— Answered by Sulaymān Al-ʿAlwān
~ Galandān 🖋
#حديث_ضعيف
عبد الملك العوان: سألت والدي عن القول بأن لسان أهل الجنة عربي؟Читать полностью…
فأجاب: هذا لم يثبت عن النبي ﷺ ولا عن أحد من الصحابة، ولا يجوز الجزم بشيء لم يثبت به نص ولا صح فيه إجماع، والحديث الذي رواه الحاكم مرفوعا (أحب العرب لثلاث)، وذكر الثالث: (لأن لسان أهل الجنة عربي)، فهذا حديث موضوع.
⬆️ The Fitnah Of Rāfiḍah If They Consolidate Power
❝ The fitnah (tribulation) of the Rāfiḍah, if they gain power over the Sunnīs, is more severe than the fitnah of the Jews and Christians against them, because of the intense hatred and malice they feel towards Ahl al-Sunnah. They conceal it, raise their children with it, and recite poems about it until their souls are filled. They then await the opportunity for power. If they gain power, they will transgress in ways that no one else would. This has been known in every era. That is why they are not empowered in countries and states. Whoever empowers them will inevitably find that they conspire against him if they are few or turn against him if they are many.
Jabalah ibn Ḥammūd al-Ṣadafī said regarding them that when he fled from the Rāfiḍites in the ribāt areas [i.e., border regions of the Islamic state] and settled in Al-Qairawān, he was asked about that. He replied: "We were guarding against an enemy with whom there was a sea between us and them, and while awaiting them, this enemy [the Rāfiḍah] has settled right in our courtyard; and this enemy is far more severe to us than that ˹which we are waiting for at the border˺."
He used to denounce those who left Al-Qairawān for Sūsah, or similar borders, and he would say: "Jihād against these people [i.e. the Rāfiḍah] is better than jihād against the people of polytheism."❞
— ʿAbdul ʿAzīz Al-Ṭarīfī
(Al-Maghribiyyah, p. 258)
~ Galandān 🖋