qalandhar | Unsorted

Telegram-канал qalandhar - Galandān ގަލަންދާނު

1843

ޢިލްމު އަދި އެއަށް ލޯބިކުރާ ދަރިވަރުންނަށް Notes by, ibn Fahmī Dīdī عفا الله عنه Friends & family

Subscribe to a channel

Galandān ގަލަންދާނު

~ قريباً إن شاء الله...

Читать полностью…

Galandān ގަލަންދާނު


[މާނައީ: ހަމަކަށަވަރުން އެމީހުން އެމީހުންގެ نفس ތަކަށް އަނިޔާވެރިވެގެންވާ حال (مشرك ންކަމުގައިވާ حال) މަލާއިކަތްބޭކަލުން އެމީހުންގެ ފުރާނަތައް ހިއްޕަވާ މީހުންނަށް މަލާއިކަތްބޭކަލުން ވިދާޅުވާނެއެވެ. ދީނުގެގޮތުން ކަލޭމެންވީ ކޮންފަދައަކުން ކިހިނަކުންހެއްޔެވެ؟ އެމީހުން ދަންނަވާނެއެވެ. އަހުރެމެންވީ ބިމުގައި ބަލިކަށި ދެރަ ضَعِيْفُ ބަޔަކުކަމުގައެވެ. (مُشْرك ން ގަދަފަދަކަމުން شرك ދޫކޮށް އިސްލާމްދީން ފާޅުކޮށް އިސްލާމްވެގެން އުޅެވޭވަރު ނުވީއެވެ.) އެބޭކަލުން ވިދާޅުވާނެއެވެ. އަޅެފަހެ ކަލޭމެން هجرةކުރުމަށްޓަކައި ﷲގެ ބިންގަނޑު ތަނަވަސްވެގެން ނުވޭހެއްޔެވެ؟ (ތަނަވަސްވެގެންވާނެއެވެ. هجرة ނުކުރީ ކީއްވެގެންހެއްޔެވެ؟) ފަހެ އެފަދަމީހުން (ދަންނައެވެ!) އެމީހުންގެ قيامة ދުވަހުގެ މަރުކަޒަކީ ނަރަކައެވެ. އެއީ ގޮސްތިބުން ނުބައިވެގެންވާ ތަނެކެވެ.]

އަދި އިބްނު ތައިމިއްޔާ އެކަލޭގެފާނުގެ ފޮތް الصارم المسلول ގައި، ބަލިކަށިކަމުގެ ޙާލުގައި ކަންތައް ކުރަންވީގޮތް ޛިކުރު ކުރައްވާފައިވެއެވެ. އަދި ޙަމަދް ބުނު ޢަތީޤު އެކަލޭގެފާނުގެ ފޮތް الفكاك في مجموعة التوحيد ގައިވެސް މި މަޥްޟޫޢު ޛިކުރުކުރެއްވިއެވެ. އެމީހެއްގެ މައްޗަށް ވަނީ ވީވަރަކުން ޖިހާދުކޮށް (އެބަހީ: ގަދައަޅައި މަސައްކަތްކޮށް) ހެވަށް އަމުރުކޮށް މުންކަރާތް ނަހީ ކުޅައުމެވެ. އަދި މިނިކަމެތިކަމުން އަރައިގަތުމަށްޓަކައި ވީވަރަކުން ތައްޔާރުވެ ބާރުވެރިވުން މުސްލިމުތަކުންގެ މައްޗަށް ވާޖިބެވެ. އަދި އެމީހަކަށް ބައިވެރިންނާއި، މަދަދާއި ހިޖުރަ އާއި ބާރު ހޯދިއްޖެނަމަ، އެބާރާއިއެކު އޭނާގެ މައްޗަށްވަނީ އެ ˺ހިޖުރަޔާއި ބާރުގެ˹ ބިންމަތީ ﷲގެ ޙުކުމްފުޅު ޤާއިމު ކުޅައުމަށް ހަނގުރާމަ ކުރުމެވެ. ދެން އެތަނުން ހަތިޔާރާއިއެކު އެންމެ ގާތަށް އޮތް ތަނަކަށް ފަހު އެޔާއި ގާތަށްއޮތް ތަނަކަށް މުޖާހިދުން ފޯރުވުމެވެ. “ — ނިމުނި.

#ޣާޒާ #ޝާމް #ފަލަސްތީން


— އައްޝެއިޚް އަލްޢައްލާމާ ޢަލީ ބުނު ޚުޟައިރުލް ޚުޟައިރު (فك الله اسره)
(އައްޝެއިޚް އަޙްމަދް މޫސާ ޖިބްރީލް ގެ "އައްސަލަފިއްޔޫން ފޯރަމް" ގައި ބޭއްވުނު "ހުޅުވާލެވިފައިވާ މަޖިލިސް" ގެ 200 ސުވާލާއި ޖަވާބު އިން.) ސުވާލު ނަމްބަރު 23 ގެ 1

~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

🔗
* މުލްކު ސޫރަތުގެ މާތްކަން *

~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

ޚުޟައިރިއްޔަ ސިލްސިލާ (11)

⬆️ޝިރުކުއްޠާޢާ އާއި ފާފަޔާއި އޮތް ފަރަޤު ދެނެގަތުމުގެ ތަޅުދަނޑިތައް

1️⃣ސުވާލު: "ކިޔަމަންގަތުމުގެ ޝިރުކު" (شرك الطاعة) އެކުލެވެނީ މިޘާލަކަށް ތަޙްލީލާއި ތަޙްރީމާއި، އަދި މުސްލިމުންނާއި ދެކޮޅަށް ކާފަރުންނަށް އެހީތެރިކަން ދިނުން ފަދަ ކުފުރިއްޔަ ކަންކަމުގައި އެކަނިތޯއެވެ؟ ނުވަތަ މިޘާލަކަށް ބައްޕަޔަކު އޭނާގެ ދަރިފުޅު ގާތުގައި ސިނގިރޭޓު ގަތުމަށް ބުނާބުނުން ފަދަ (އޭގެ ޒާތުގައި ކުފުރަށްނުވާ) އެހެނިހެން ކަންކަމުގައި ވެސް އެކަން ހިމެނޭ ތޯއެވެ؟

ޖަވާބު: ދެންފަހެ އުރެދުމެއްގައި ދަރިއަކު އޭނާގެ ބައްޕަޔަށް ގަންނަ ކިޔަމަންގަތުމާއި މެދު ދަންނައެ، މިއީ ބޮޑު ފާފައިގެ ތެރެއިން ހިމެނޭ ކިޔަމަންގަތުމެވެ. އެހެނަސް ޝިރުކުވަންތަ ކިޔަމަންގަތުމެއް ނޫނެވެ. އެހެނީ ޝިރުކުވަންތަ ކިޔަމަންގަތުން ހިމެނެނީ، [ވަކި ފަރުދަކާއި ޚިލާފަށް] ޢަމުރާއި ނަހީ [އެމީހެއްގެ މަޤާމާއި ދަރަޖައިގެ ސަބަުން އެތައް ބަޔެއް މައްޗަށް] ފެތުރިގެންވާ ފަރާތަކުން އެންގޭ އެނގުމުަގައެވެ. އެއީ އެބަޔަކަށް މީސްތަކުންނާއި ރައްޔިތުން ކިޔަމަންގަންނަ ވެރިޔެއް ނޫނީ ރަސްކަލެއް ނޫނީ ޢާލިމެއް ނޫނީ ޤަބަލީ ރައީސެއް ފަދަ ފަރާތެކެވެ. މިއާ ޚިލާފަށް އެކަހެރިކޮށް އޮންނަ ކިޔަމަންގަތުމެއް އޮންނަ މީހާ، އެއީ މިޘާލަކަށް އަނބިމީހާ ފުށުން ފިރިމީހާއަށް، އަދި ދަރިފުޅު ފުށުން ބައްޕައަށް، އަޅެއްގެ ފުށުން އޭނާގެ ސައްޔިދަށް ގަންނަ ކިޔަމަން ގަތުން، ފަހެ މިއީ އުރެދުމުގެ ބާބުގެ ތެރެއިން ވާއެއްޗެކެވެ. ޝިރުކުގެ ތެރެއިންނެއް ނޫނެވެ.

[ސުވާލު ނަމްބަރު 136 ގެ 1]


2️⃣ސުވާލު: މިއީ شرك الطاعة ގުޅިފައިވާ ސުވާލެކެވެ: ގިނަ އިސްލާމުންނީ މިޒަމާނުގައި ﷲ ގެ ޝަރީޢަތް ނޫން އެއްޗަކަށް ޙުކުމް ހޯދުމުގެ ތެރޭގައި އުޅޭ ބައެކެވެ. އެހެނީ އެވެރިން ޙުކުމް ހޯދުމަށް ގޮސްއުޅެނީ ފަރަންޖީންނާއި އެނޫން ހުޅަނގުގެ ޤާނޫނު ތަކުން ޙުކުމް ކުރާ ކޯޓުތަކަށް ކަމުގައި ވާތީއެވެ. އެއާއި އެކު އެކޯޓުތަކުގައި އިސްލާމީ ބައެއް ޢަޙުކާމުތައް ވެސް ގާއިމު ކުރެވެއެވެ. އެއީ މިޘާލަކަށް ވަރީގެ މައްސަލަތަކާއި ތަރިކަ މުދާ ފަދަ ކަންކަމުގައެވެ... ˺ސުވާލަކީ˹ شرك الطاعة އޭ ބުނެވެވީ މިކަންތަކުގައި ތޯއޭ އެވެ؟

ޖަވާބު: ނޫނެކެވެ. މިއީ ﷲ އާއި އެއިލާހުގެ ރަސޫލު ނޫން ފަރާތަކަށް ތަޙާކުމް ކުރުމުގެ ޝިރުކެވެ. އެހެނީ މިއީ ދެބަސްވުމެއް އުފެދި ދެފަރުދެއް ދެމެދު އޮތް އަރައިރުމުގައި ޙުކުމެއް ކުރުމެވެ. މިއާ ޚިލާފަށް، شرك الطاعة އަކީ، ޢަމުރާއި ނަހީ ގައި [ކިޔަމަންގަތުމުގެ ބާރު] ޢާންމުކޮށް ފެތުރިގެންވާ ފަރާތަކަށް ، ބޭރުފުށަށް ހާމަވާހެން، އެކަމަށް އިޖުމާއު އޮތް ކަމެއްގައި، ޝަރީޢަތާއި ޚިލާފަށް، އެފަރާތަށް ތަބަޢަ ވުމެވެ.

[ސުވާލު ނަމްބަރު 131 ގެ 2]


3️⃣ސުވާލު: شرك الطاعة އަށް އަރައިގަނެވުން ހަމައެކަނި ޢަމަލުގެ މައްޗަށް ވޭތޯއެވެ؟ ނުވަތަ އެކަން ވަނީ އިސްތިޙްލާލުގެ ސަބަބުން ˺އެކަނި˹ ތޯއެވެ؟

ޖަވާބު: شرك الطاعة (ކިޔަމަންގަތުމުގެ ޝިރުކު) އާއި މެދު ދަންނައެ، ފަހެ ހަމައެކަނި ޢަމަލުގެ މައްޗަށް އެކަން ވުން އޮވެއެވެ. އެއީ އިޢުތިޤާދު ނުވަތަ އިސްތިޙްލާލަށް ބެލުމެއް ނެތި ގަންނަ ކިޔަމަން ގަތުމަށް އެކަންޏެވެ.

އަރަހުށި އިލާހު ވަޙީ ކުރެއްވިއެވެ:

﴿وَإِنۡ أَطَعۡتُمُوهُمۡ إِنَّكُمۡ لَمُشۡرِكُونَ﴾ (الأنعام 121)
[މާނައީ: އެއުރެންނަށް ކިޔަމަންވެއްޖެނަމަ ހަމަކަށަވަރުން، ތިޔަބައިމީހުންނަކީވެސް، مشرك ންކަން ކަށަވަރެވެ.]

އަދިވެސް އަރަހުށި އިލާހު ވަޙީ ކުރެއްވިއެވެ:

﴿إِنَّ ٱلَّذِينَ ٱرۡتَدُّواْ عَلَىٰٓ أَدۡبَٰرِهِم مِّنۢ بَعۡدِ مَا تَبَيَّنَ لَهُمُ ٱلۡهُدَىۙ ٱلشَّيۡطَٰنُ سَوَّلَ لَهُمۡ وَأَمۡلَىٰ لَهُمۡ * ذَٰلِكَ بِأَنَّهُمۡ قَالُواْ لِلَّذِينَ كَرِهُواْ مَا نَزَّلَ ٱللَّهُ سَنُطِيعُكُمۡ فِى بَعۡضِ ٱلۡأَمۡرِۖ﴾ (محمد 25 ، 26)
[މާނައީ: ހަމަކަށަވަރުން، އެއުރެންނަށް ތެދުމަގު އެނގި ބަޔާންވުމަށްފަހު، އެއުރެންގެ ފުރަގަހަށް އެނބުރިދިޔަ މީހުންނަށް (އެބަހީ: މުރުތައްދު ވީ މީހުންނަށް) شيطان އާ އެކަން زينة ތެރިކޮށްދެއްކިއެވެ. އަދި أجل ތައް ދިގުވާނެކަމުގެ އެދުން އެއުރެންނަށް ލައިދިނެވެ. އެއީ، اللَّه ބާވައިލެއްވި ފޮތަށް ނުރުހުންވި މީހުންނަށް، އެއުރެން ބުނިކަމަށްޓަކައެވެ. ބައެއްކަންތަކުގައި ތިމަންމެން ތިޔަބައިމީހުންނަށް ކިޔަމަންވާނޫއެވެ.]

﴿اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِنْ دُونِ اللَّهِ﴾ [التوبة:31]
[މާނައީ: އެމީހުންނަކީ އެމީހުންގެ علم ވެރިންނާއި رَاهِبُ ން (يعني: އަޅުވެރިން) އެއީ ﷲ ފިޔަވައި ربّ ންތަކެއްކަމުގައި ހެދި ބައެކެވެ.]

އަދި އެއީ ތަޙްލީލާއި ތަޙްރީމުގައި ކިޔަމަންގަތުން ކަމުހައި ނަބިއްޔު ﷺ ތަފްސީރު ކުށްދެއްވާފައި ވެއެވެ.

ދެންފަހެ شرك الطاعة ފޯދުމަށްޓަކައި އެކަން އިޢްތިޤާދާއި އިސްތިޙްލާލަށް އެކަނި ގޮށްޖެހުމާއިމެދު ދަންނައެ، ފަހެ މިއީ މުރުޖިޢާއިންނާއި، ޖަހުމީންގެ މަންހަޖެވެ.

[ސުވާލު ނަމްބަރު 25 ގެ 3]

— އައްޝެއިޚް އަލްޢައްލާމާ ޢަލީ ބުނު ޚުޟައިރުލް ޚުޟައިރު

~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

⬆️ What is CFD [in online trading and forex] , why is it ḥarām in general?

Video: https://www.youtube.com/watch?v=3gpFxHOBc7w

More:
⬆️Fatwā: CFD contracts are ḥarām, Islamqa, Islamic Fiqh Council (see: Fatwā no. 310956)
⬆️Fatwā: CFD contracts and it's types and rulings (Islamweb Fatwā no. 376897)

~ Galandān 🖋

Читать полностью…

Galandān ގަލަންދާނު

ޚުޟައިރިއްޔަ ސިލްސިލާ (7)

⬆️މުސްލިމު ކޮންމެ ފިރިހެނަކާއި އަންހެނެއްގެ މައްޗަށް މިޙަޔާތުގައި އޮތް ވާޖިބަކީ ކޮބައިތޯއެވެ..؟

ޖަވާބު: އޭނާ އަކީ މުސްލިމަކު ކަމުގައި ވާހާހިނދެއްގައި، އޭނާގެ މައްޗަށް ވަނީ އީމާން ކަން ވަރުގަދަކޮށް، ކުފުރާއި ޝިރުކާއި ބިދުޢަ އާއި އުރެދުންތަކުގެ ސަބަބުތަކުން ދުރުހެލިވެ ހުރުމެވެ. އަދި ˺ދީނަށް˹ ދަޢުވަތު ދިނުމާއި، ˺ހެޔޮކަންކަމަށް˹ އަމުރުކޮށް ˺މުންކަރާތްތައް˹ ނަހީކުރުމެވެ. އެހެނީ، ހަމަކަށަވަރުން ކޮންމެ މުކައްލަފެއްގެ މައްޗަށްވެސް ވާޖިބުވެގެންވަނީ، ﷲ އާއި އެއިލާހުގެ ދީނާއި އެއިލާހިގެ ރަސޫލު މަޢުރިފާކޮށް ދެނެގަތުމެވެ. އަދި އޭގެ މައްޗަށް ޢަމަލުކުޅައުމެވެ. އަދި އެއަށް ދަޢުވަތު ދިނުމެވެ. އަދި އެކަމުގައި ކުރިމަތިވާ ކެކުޅުންތަކަށް ކެތްތެރިވުމެވެ. އަރަހުށި އިލާހު ވަޙީ ކުރެއްވިއެވެ:

﴿وَٱلۡعَصۡرِ (1) إِنَّ ٱلۡإِنسَٰنَ لَفِي خُسۡرٍ (2) إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ وَتَوَاصَوۡاْ بِٱلۡحَقِّ وَتَوَاصَوۡاْ بِٱلصَّبۡرِ (3)﴾ (سورة العصر)
[ޒަމާން ގަންދެއްވަމެވެ. ހަމަކަށަވަރުން، އިންސާނާ ވަނީ، ގެއްލުމެއްގައިކަން ކަށަވަރެވެ. إيمان ވެ صالح عمل ތައްކޮށް، އަދި އެކަކު އަނެކަކަށް حق އަށް وصية ކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް وصية ކޮށްއުޅުނު މީހުން މެނުވީއެވެ.]


— އައްޝެއިޚް އަލްޢައްލާމާ ޢަލީ ބުނު ޚުޟައިރުލް ޚުޟައިރު (فك الله اسره)
(އައްޝެއިޚް އަޙްމަދް މޫސާ ޖިބްރީލް ގެ "އައްސަލަފިއްޔޫން ފޯރަމް" ގައި ބޭއްވުނު "ހުޅުވާލެވިފައިވާ މަޖިލިސް" ގެ 200 ސުވާލާއި ޖަވާބު އިން.) ސުވާލު ނަމްބަރު 12

~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

ޚުޟައިރިއްޔަ ސިލްސިލާ (5)

ސުވާލު: އެންމެހާ ތާކުވާ މުސްލިމު އަސީރުންނާއިމެދު އުއްމަތުގެ މައްޗަށް އޮތް ވާޖިބަކީ ކޮބައިތޯއެވެ؟

ޖަވާބު؛: ކެރިކުޅަދާނަވީ މިންވަރަކުން އެވެރިން މިންޖުކުރުމެވެ. އެހެނީ ހަމަކަށަވަރުން އަސީރުން މިނިވަން ކުރުމީ ކުޅަދާނަވެގެންވާ މީހާގެ މައްޗަށް ވާޖިބެކެވެ. އަދި ޢައިނިއްޔަ ފަރުޟެކެވެ. އަރަހުށި އިލާހު ވަޙީ ކުރެއްވިއެވެ:

﴿إِنَّمَا ٱلصَّدَقَٰتُ...﴾ މިއާޔަތް މިހެން ވަޙީ ކުރެއްވުމާ ހަމައަށޭ ﴿وَفِى ٱلرِّقَابِ﴾ (التوبة 60)
[މާނައީ: ހަމަކަށަވަރުން، صدقات ގެ ތަކެތި (އެބަހީ: ފަރުޟުވެގެންވާ ޒަކާތް) ވަނީ... އަދި الرِّقَابِ (އަޅުން) މިނިވަންކުރުމުގައިއެވެ.]

ބައެއް ޢިލްމިވެރިން ވިދާޅުވެފައިވާ ގޮތުގައި، الرِّقَابِ ގެ މާނައިގެ ތެރޭގައި އަސީރުން މިނިވަން ކުރުން ވެސް ހިމެނެއެވެ.

އަދިވެސް އަރަހުށި އިލާހު ވަޙީ ކުރެއްވިޔޭ:
﴿فَكُّ رَقَبَةٍ﴾ (البلد 13)
[މާނައީ: އެއީ އަޅުން މިނިވަންކުރުމެވެ.]

އަދި އޭގެ ތެރޭގައި އަސީރުން ހިމެނޭ ކަމުގައި އަލްޤުރުޠުބީ ވިދާޅުވިއެވެ.

އަދި ޞައްޙަވެގެންވާ ޙަދީޘެއްގައި⁽¹⁾ ވެއެވެ: «فُكُّوا الْعَانِيَ» [الْعَانِيَ މިނިވަންކުރާށެވެ.] — ˺الْعَانِيَ˹ އެބަހީ އަސީރެވެ. އަދި އަލްޤުރުޠުބީ އާއި ޢިލްމުވެރިން ކުރެ ބައިގަނޑެއް ވަނީ، އަސީރުން މިނިވަން ކުރުމުގެ ވާޖިބު ކަމުގެ މައްޗަށް އިޖުމާޢު ނަޤުލު ކުރައްވާފައެވެ. އަދި އެވެރިންގެ މައްޗަށް ވަކި މުއްދަތަކަށް ޤުނޫތު ކިޔުންވެސް ވެއެވެ. އެއީ ނަބިއްޔު ﷺ ގެ ޢަމަލުފުޅުގެ މައްޗަށެވެ. —އެއީ މައްކާގައި ނިކަމެތިވެފައިވާ ބޭކަލުންގެ މައްޗަށް ޢަމަލު ކުރެއްވިގޮތެވެ. ފަހެ އެބޭކަލުންނަށްޓަކައި ޤުނޫތު ކުރައްވައި މިންޖު ކުރެއްވުމަށް އެކަލޭގެފާނު ދުޢާކުރެއްވިއެވެ. — މިއީ އައްޞަޙީޙުގައި⁽²⁾ ވާރިދުވެފައިވާ ފަދައިންނެވެ.


— އައްޝެއިޚް އަލްޢައްލާމާ ޢަލީ ބުނު ޚުޟައިރުލް ޚުޟައިރު (فك الله اسره)
(އައްޝެއިޚް އަޙްމަދް މޫސާ ޖިބްރީލް ގެ "އައްސަލަފިއްޔޫން ފޯރަމް" ގައި ބޭއްވުނު "ހުޅުވާލެވިފައިވާ މަޖިލިސް" ގެ 200 ސުވާލާއި ޖަވާބު އިން.) ސުވާލު ނަމްބަރު 8

~ ގަލަންދާނު 🖋

ــــــــــــــــــــــــــــــ
[1] ޞަޙީޙް އަލްބުޚާރީ (5373)
[2] އަލްބުޚާރީ (2932) އަދި މުސްލިމް (675)

Читать полностью…

Galandān ގަލަންދާނު

ޚުޟައިރިއްޔަ ސިލްސިލާ (3)

⬆️"ކުފުރު ޢަމަލީ" ގެ ތެރޭގައި މިއްލަތުން ބޭރުވާ ބޮޑު ކުފުރު ވެސް ހިމެނެއެވެ.

ސުވާލު: ފަހެ الكُفْر العَمَلِي ⁽¹⁾ (ޢަމަލުގެ ކުފުރޭ ބުނެވޭ ކަންތަކުގެ) ތެރޭގައި މިއްލަތުން ބޭރުވާ ތަކެއްޗާއި މިއްލަތުން ބޭރުނުވާ ތަކެތި ވޭތޯއެވެ؟ ނުވަތަ الكُفْر العَمَلِي ގެ އެންމެހާ އެއްޗަކީ كُفْر دُونَ كُفْر (ދީނުން ބޭރުވާ ކުފުރު ފިޔަވައިވާ ކުޑަ ކުފްރު) ތޯއެވެ؟ އަދި ހަމައެކަނި އިޢްތިޤާދު (މިޘާލަކަށް އިސްތިޙްލާލު ނުވަތާ ޖުޙޫދު) އާއި ލައިގެން މެނުވީ މިއްލަތުން ބޭރުނުވާ ތަކެތިތޯއެވެ؟

ޖަވާބު: الكُفْر العَمَلِي ގެ ދެވައްތަރެއް ވެއެވެ. އޭގެ ތެރޭގައި މިއްލަތުން ބޭރުވެދާ ތަކެތި ވެއެވެ. އެއީ ބުދަކަށް ސަޖިދަކުޅައުމާއި، ﷲ ނޫން ފަރާތަކަށް އެއްްޗެއް ގުރުބާން ކުރުމާއި، މުޞްޙަފް އިރައިލުމާއި، މުސްލިމުންނާއި ދެކޮޅަށް ކާފަރުންނަށް މަދަދުވެރިވެ ވާގިވެރިވެ އެހީތެރިވެ ދިނުމާއި، ˺ވަޟަޢީ˹ ޤާނޫނުތައް تَشْرِيع ކުރުމާއި، އޭގެ ވަޤުތު ފާއިތުވެ ދިޔުމާއި ހަމަޔަށް ދަނެހުރެ އަދި ކަންނެތްކަމާއިއެކު ˺ވިޔަސް˹ ނަމާދު އެޅުން، އަދި މިފަދަ މިބާވަތުގެ ކަންކަމެވެ. ފަހެ މިހުރިހާ އެއްޗަކީވެސް އިޢުތިޤާދަށް ބެލުމެއް ނެތި އޭގެ ޢަމަލު ގެ މައްޗަށް ތަކްފީރު ކުރެވުމުގެ ސަބަބުތަކެވެ. އަދި الكُفْر العَمَلِي ގެ ތެރޭގައި ދުލާއި ގުޅިފައިވާ ކަންތައްތަކެއް ވެސް ހިމެނެއެވެ. މިޘާލަކަށް ﷲ އާއި އެއިލާހުގެ ރަސޫލަށް ބަދުބަސް ބުނުމާއި، ދީނަށް ނުވަތަ ދީނުގެ ޝިޢާރަކަށް މަލާމާތް ކުރުން ފަދަ ކަންކަމެވެ. ފަހެ މިއީ ވެސް ˺ނިޔަތަކަށް ބެލުމެއް ނެތި˹ ދުލުގެ ބަހުގެ މައްޗަށް އެކަނި ހުރި ކުފުރެވެ. އަދި ﷲ تعالى ވަޙީކުރެއްވިއޭ: ﴿وَلَقَدۡ قَالُواْ كَلِمَةَ ٱلۡكُفۡرِ وَكَفَرُواْ بَعۡدَ إِسۡلَٰمِهِمۡ﴾ (التوبة 74) [އަދި ހަމަކަށަވަރުން އެމީހުން كُفْرُ ގެ كلمة ބުންޏެވެ. އެމީހުންގެ إسلام ކަމަށްފަހު އެމީހުން ކާފަރުވީއެވެ.]

ދެވަނައީ: މިއްލަތުން ބޭރުނުވާ كفر عملي އެވެ. މިޘާލަކަށް އެމީހެއްގެ ބައްޕަ ނޫން ފަރާތަކަށް ނަސަބު ކަނޑައެޅުމާއި، އަދި މުޞީބާތުގައި ހެދުންތައް އިރައި ކޯތަކުގައިތަޅައި ހޭރުމާއި، އެމީހެއްގެ އަނބިމީހާގެ ފުރަގަސްފަރާތް ބޭނުންކުރުން ފަދަ ކަންކަމެވެ... އަދި ޙަދީޘުގައި ވެެޔޭ: «اثْنَتَانِ بِالنَّاسِ هُمَا بِهِمْ كُفْرٌ الطَّعْنُ فِي النَّسَبِ وَالنِّيَاحَةُ عَلَى الْمَيِّتِ» [ކުފުރުގެ ތެރެއިންވާ ދެކަމެއް މީސްތަކުންގެ ކިބައިގައި ވެއެވެ. އެއީ މީހުންގެ ނަސަބަށް ދެރަކުރުމުގެ ގޮތުން މަލާމާތްކުރުމާއި، އަޑު އުފުލައި މައްޔިތާގެ މައްޗަށް ރުއިމެވެ.]

☝️ދެންފަހެ الكُفْر العَمَلِي އަކީ އެކީއެއްކޮށް كفر دون كفر އޭ އަދި ޖުޙޫދު (އެބަހީ: އިންކާރަކޮށް ދެކޮޅުހެދުމާއި) އިސްތިޙްލާލު ކުރުން އެޔާއި ގުޅިގެން މެނުވީ، އެކީއެއްކޮށް މިއްލަތުން ބޭރު ނުވާނޭ ކަންކަމޭ — ބުނާ ބުނުމާއި މެދު ދަންނައެ، މިއީ ˺މަގުފުރެދިގެންވާ˹ މުރުޖިޢާއިންގެ ބުނުމުގެ ތެރެއިން، އަދި އެވެރިންގެ އިޢްތިޤާދުގެ ތެރެއިންވާ ކަމެކެވެ.“


— އައްޝެއިޚް އަލްޢައްލާމާ ޢަލީ ބުނު ޚުޟައިރުލް ޚުޟައިރު (فك الله اسره)
(އައްޝެއިޚް އަޙްމަދް މޫސާ ޖިބްރީލް ގެ "އައްސަލަފިއްޔޫން ފޯރަމް" ގައި ބޭއްވުނު "ހުޅުވާލެވިފައިވާ މަޖިލިސް" ގެ 200 ސުވާލާއި ޖަވާބު އިން.) ސުވާލު ނަމްބަރު 38

~ ގަލަންދާނު 🖋

ــــــــــــ
[1] الكُفْر العَمَلِي : ޝަރީޢަތުން ކުފުރެއް ގޮތުގައި ނަންދެވިފައިވާ ބޭރުފުށަށް ކުރެވޭ ކޮންމެ ޢަމަލަކަށް ކުފުރު ޢަމަލީ އޭ ބުނެވެއެވެ. ބައެއް ޢިލްމުވެރިން މިބަސް ކުޑަ ކުފުރުގެ ޢަމަލުތަކަށް އެކަނި ބޭނުން ކުރައްވައެވެ. އެހެނަސް އޭގެ މުރާދަކީ ޢަމަލުން ކުރެވޭ ކޮންމެ ކުފުރަކީ ކުޑަކުފުރު ކަމުގައެއް ނޫނެވެ. އެގޮތުން މުޙައްޤިޤުން މިމާނަ ތަފްސީލު ކުރައްވަވައި މުރުޖިޢާއިންގެ އޮޅުވުންތަކަށް ރައްދު ދެއްވާފައިވެއެވެ. (ބަލައިހޯދުމަށް: އަލްޙާފިޡް އަލްޙަކަމީގެ أعلام السنة المنشورة ޞ. 99 ، 100)

Читать полностью…

Galandān ގަލަންދާނު


ދެންފަހެ އޭޭނާ ޙުކުމް ކުރަނީ ˺އިސްލާމީ˹ ޝަރީޢަތާއި ފުށުއަރާ ގޮތަށް އޮތް ޝަރީޢަތެއް ނޫނީ ޤާނޫނު އަސާސީއެއް ނޫނީ މާއްދާއެއް، ނޫނީ ބިލެއް ނޫނީ ސާކިއުލަރއެއް ނޫނީ ޘަޤާފަތަށް ނޫނީ އާދަކާދަޔަށް އަދި މިބާވަތުން ކުރެ އެއްޗަކަށް ނަމަ، މިއީ ˺ކުޑަ ކުފުރުގެ ޙާލަތަށް ނުވަންނަ˹ ބޮޑު ކުފުރެވެ.

ﷲ تعالى ވަޙީ ކުރެއްވި އެވެ:
﴿وَمَن لَّمۡ يَحۡكُم بِمَآ أَنزَلَ ٱللَّهُ فَأُوْلَٰٓئِكَ هُمُ ٱلۡكَٰفِرُونَ﴾ (المائدة 44)
[އަދި ﷲ ބާވައިލެއްވި حكم ން حكم ނުކުރާމީހުން (ދަންނައެވެ!) ފަހެ ކަނޑައެޅިގެން އެމީހުން އެއީ ކާފަރުންނެވެ.]

ﷲ تعالى ވަޙީ ކުރެއްވި އެވެ:
﴿أَلَمۡ تَرَ إِلَى ٱلَّذِينَ يَزۡعُمُونَ أَنَّهُمۡ ءَامَنُواْ بِمَآ أُنزِلَ إِلَيۡكَ وَمَآ أُنزِلَ مِن قَبۡلِكَ يُرِيدُونَ أَن يَتَحَاكَمُوٓاْ إِلَى ٱلطَّٰغُوتِ وَقَدۡ أُمِرُوٓاْ أَن يَكۡفُرُواْ بِهِۦ﴾ (النساء 60)
[ކަލޭގެފާނަށް ބާވައިލައްވާފައިވާ ފޮތަށާއި، ކަލޭގެފާނުންގެ ކުރިން ބާވައިލައްވާފައިވާ ފޮތްތަކަށް، إيمان ވެގެން ތިބިކަމަށް ބުނާ މީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ އެމީހުން އެ އެދެނީ طاغوت ގެ ފަރާތުން حكم ހޯދުމަށެވެ. އަދި ހަމަކަށަވަރުން އެމީހުންނަށް أَمْرُ ވެވިގެންވަނީ طاغوت އަށް ކާފަރުވާށެވެ.]

އަދިވެސް ﷲ تعالى ވަޙީ ކުރެއްވި އެވެ:
﴿ٱتَّخَذُوٓاْ أَحۡبَارَهُمۡ وَرُهۡبَٰنَهُمۡ أَرۡبَابًا مِّن دُونِ ٱللَّهِ﴾ (التوبة 31)
[އެމީހުންނަކީ އެމީހުންގެ علم ވެރިންނާއި رَاهِبُ ން (يعني: އަޅުވެރިން) އެއީ ﷲ ފިޔަވައި ربّ ންތަކެއްކަމުގައި ހެދި ބައެކެވެ.]

އަދި މިއީ ކަންކަން ޙަލާލު ކުރުމާއި ޙަރާމް ކުރުމުގައި އެއުރެންނަށް ބޯލެނބުން ކަމުގައި ނަބިއްޔު ﷺ ވަނީ ތަފްސީރު ކުރައްވާފައެވެ.

އަދިވެސް ﷲ تعالى ވަޙީ ކުރެއްވި އެވެ:
﴿وَإِنۡ أَطَعۡتُمُوهُمۡ إِنَّكُمۡ لَمُشۡرِكُونَ﴾ (الأنعام 121)
[އެއުރެންނަށް ކިޔަމަންވެއްޖެނަމަ ހަމަކަށަވަރުން، ތިޔަބައިމީހުންނަކީވެސް، مشرك ންކަން ކަށަވަރެވެ.]
(ނިމުނީ)


— އައްޝެއިޚް އަލްޢައްލާމާ ޢަލީ ބުނު ޚުޟައިރުލް ޚުޟައިރު (فك الله اسره)
(އައްޝެއިޚް އަޙްމަދް މޫސާ ޖިބްރީލް ގެ "އައްސަލަފިއްޔޫން ފޯރަމް" ގައި ބޭއްވުނު "ހުޅުވާލެވިފައިވާ މަޖިލިސް" ގެ 200 ސުވާލާއި ޖަވާބު އިން.) ސުވާލު ނަމްބަރު 35

~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

އައްޝެއިޚް އަޙްމަދް މޫސާ ޖިބްރީލް ގެ "އައްސަލަފިއްޔޫން ފޯރަމް" ގައި ބޭއްވުނު "ހުޅުވާލެވިފައިވާ މަޖިލިސް" ގެ 200 ސުވާލާއި ޖަވާބު އިން.
~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

⬆️ އިސްލާމްދީނާ ފުށުއަރާ ބައިނަލްއަޤުވާމީ މުޢާހަދާތަކުގެ ތެރެއިން: ސަމޯއާގެ މުޢާހަދާ (Samoa Agreement)

https://dhisalafiyyah.net/article/47562

Читать полностью…

Galandān ގަލަންދާނު

3️⃣އަދި މިގޮތަށް ބުރައިގެންދާ ކުޑަ އެތި ކޮޅުތައް ޢަފޫވުން ދަލީލު ކޮށްދެނީ، މުސްލިމް (403) ގައި ރިވާކުރެއްވި ޙަދީޘުންނެވެ. އެއީ އަބޫ ވާއިލު އަރިހުން ވިދާޅުވިޔޭ: ކުޑަކަމުދާ ތަކެތީގެ ކަންތަކުގައި އަބޫ މޫސާ ވަރަށް ހަރުކައްޓެވެ. އަދި ކުޑަކަމު ވަޑައިގަންނަވަނީ ބޯތައްޓަކަށެވެ. (އެއީ އެއިން އެއްޗެއް ބުރައިގެން އައިސްދާނޭކަމުގެ ބިރަށްޓަކައެވެ.) އަދި އެކަލޭގެފާނު ވިދާޅުވެޔޭ: ފަހެ ބަނީ އިސްރާއީލުގެ މީސްތަކުންގެ ހަންގަޑުގެ (އެބަހީ ހެދުމުގެ) ތަންކޮޅަކަށް ކުޑަކަމުދާ ތަކެތި ބުރައިފިނަމަ، ކަތުރަކުން އެތަންކޮޅު ބުރިކޮށްލައެވެ.“

˺މިވާހަކަތައް އަޑުއައްސަވާފައި˹ ޙުޛައިފަތުގެފާނު ވިދާޅުވިއެވެ: ތިޔަބައިމީހުންގެ އެކުވެރިޔާ (އަބޫ މޫސާ) މިކަމުގައި މިހަރުކަށިކަން ނުގެންގުޅުމަށް އަހަރެން އެދެމުއެވެ. ފަހެ ރާސޫލު ﷲ ﷺ އާއިއެކު އަހަރެން އެއްފަހަރަކު ހިނގާފައި ދިޔަ ދުވަހެއް މަތީން އަހަރެން ހަނދުމަ އެބަހުއްޓެވެ.

އަދި ފާރެއްގެ ބިއްދޮށަށް އޮތް ކުނިބުނި އަޅާތަނަކަށް ވަޑައިގެންނެވުމުން، ތިޔަބައިމީހުންގެ ތެރެއިން މީހެއް ހަމަ ކޮޅަށް ހުންނަ ފަދައިން ކޮޅަށް ހުންނަވައި، ކުޑަކަމު ވަޑައިގެންނެވިއެވެ. އަހަރެން ދުރަށް ދާން ގަސްތުކުރީމެވެ. އެހެނަސް އެކަލޭގެފާނު އަހަރެންނަށް އިޝާރާތް ކުރެއްވުމުން އެކަލޭގޭފާނުގެ ފައިންޕުޅު ގާތު ފަހަތުގައި އަހަރެން އައިސް ހުރީމެވެ.⁽³⁾ އެކަލޭގެފާނު އަވަދިވެވަޑައިގެންނެވުމާއި ހަމައަށެވެ.“

އައްނަވަވީ ވިދާޅުވިއެވެ: ޙުޛައިފަތުގެފާނުންގެ މިވާހަކަފުޅުގެ މަޤުޞަދަކީ ˺ކުޑަކަމުދާތަކެތިން ސަލާމަތް ވުމަށް އަބޫ މޫސާ ކަންތައް ކުރެއްވި˹ ފަދައިން ހަރުކަށިވުމަކީ، ސުންނަތާ ޚިލާފުކަމެއް ގޮތުގައި ވިދާޅުވުމެވެ. އެހެނީ ނަބިއްޔު ﷺ ކުޑަކަމުވަޑައިގެންނެވީ ކޮޅަށް ހުންނަވައިގެނެވެ. އަދި އެއްވެސް ޝައްކެތް ނެތް ގޮތުގައި ކޮޅަށް ހުރެއްޖެ މީހާ ވަނީ، ތިކި ބުރުމަށް ހާމަވެފައެވެ. އެހެނަސް ނަބިއްޔު ﷺ މި އިޙްތިމާލަށް (އެބަހީ: އަންދާސާ އަށް) ފަރުވަލެއް ނުބަހައްޓަވައެވެ. އަދި އަބޫ މޫސާ رَضِيَ اللَّه عَنْهُ ކަންތައް ކުރެއްވިފަދައިން ބޯތައްޓަކަށް ކުޑަކަމު ދިޔުމުގެ ބުރައެއް ނުއުފުލައްވައެވެ. “ — ނަވަވީގެ ބަސްކޮޅު “شرح صحيح مسلم” (3/167) އިން މިހިސާބަށް.

📝 އަހަރެން ބުނަމެވެ: އަދި މީގައި ޝައްކުބައްޔަށް އަރައިގަތުމަށް މަގުފަހިވާ ގިނަ ބަޔަކަށް ދިމާވާ އެންމެ ބޮޑު އެއްސަބަބަށް އަލިގަދަ ސާފު ޝިފާއެއް ވެއެވެ. އެއީ ސުންނަތް ގޮތީ މިކަމުގައި ހަރުކަށިނުވުން ކަމުގައެވެ.


4️⃣ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވިއެވެ: ”ނަޖިހުގެ ކުޑަ މިންވަރަޒް ފަރުވާލެއް ދެވުން ނުވެއެވެ. އަދި އެއީ ކާއެއްޗަކަށް ވެއްޓިއްޖެ މީދާ ގުއިކޮޅެއް އަދި އެޒާތުގެ އެއްޗެއް ވިޔަސްއެވެ. އަދި މިއީ އަޙްމަދުގެ މަޛުހަބުގައި (އެކަލޭގެފާނުގެ އަރިހުން އައިސްފައިވާ) އެއްޤަޥްލެވެ. އަދި މަގެއްގެ ވެލިގަނޑުގައި ނަޖިސް ހުރެއްޖެކަން ކަށަވަރުވިޔަސް، ހޭކޭ އެތީގެ ކުޑަމިންވަރުގެ ސަބަބުން އެއަށް ފަރުވާލެއް ދެވުން ނުވެއެވެ. (އެވަނީ މަޢާފުވެގެންނެވެ.) އެއީ އެއިން ވީއްލި ހުރުމަށް އޮތް ބުރަކަމުގެ ސަބަބުންނެވެ. (އެބަހީ: އެބުރަ އުފުލުން ދީން ލާޒިމު ނުކުރެއެވެ.) ... އަދި ވަޔަށް އަރައިގެން އަންނަ ހިކި ކުނޑިޔަށްވެފައިވާ ގެރީގެ ގުއި އަދި އެފަދަ ތަކެތިވެސް ވަނީ މިފަދައިންނެވެ. އެއަކުން މިންޖުވުން ކުޅަދާނަ ނޫން ނަމަ: އެއަށް ބެލުމެއް ނުވެއެވެ. (ވަނީ ޢަފޫ ވެގެންނެއެވެ.) — އިބްނު ތައިމިއްޔާ ގެ ބަސްކޮޅު މިހިސާބަށް “الفتاوى الكبرى” (5/ 313) އިން.


5️⃣އިބްނު ޢުޘައިމީން ވިދާޅުވިއެވެ: ”ޞައްޙަ ބުނުމަކީ: އަބޫ ޙަނީފާ އާއި ޝެއިޚުލް އިސްލާމް ކަނޑައެޅުއްވި ރައުޔެވެ. ... އަދި އެއިން މިންޖުވެހުރުމުގެ ދަތި އުދަގޫ ކަމުގެ ސަބަބުން އެއަަށް ބެލެވުން ނުވާ ކުޑަ މިންވަރުގެ ނަޖިސް ތަކުގެ ތެރޭ ހިމެނޭ އެކައްޗަކީ: އެއިން ސަލާމަތްވެ ހުރުމަށް އޭނާއަށް ވީވަރަކުން ފަރުވާތެރިވާ ޙާލުވެސް ކުޑަކަމުދާ ތަކެތި ހިފެހެއްޓުމުގައި ދަތިކަން ހުންނަ މީހާއަށް ލައިގަންނަ ހީސްތިއްކެވެ.“ ޢުޘައިމީންގެ ބަސްކޮޅު މިހިސާބަށް “الشرح الممتع” (1/ 447) އިން.

(ފަހުން މިގެނެވުނު ޤަޥްލުތަކުގެ އަޞްލުތައް ބަލައިހޯދުމަށް، އިސްލާމް ސުވާލުޖަވާބުގެ 221756 އަށް ރުޖޫޢަވާށެވެ.)


~ ގަލަންދާނު 🖋


ــــــــــــــــــ
[3] އެބަހީ ދުރަށް ޖެހި ހުންނެވީ އިޝާރާތް ކުރުމުން ފެންނަ ހިސާބުގައިކަމެވެ. އަދި ގާތަށް ޖެހުމަށް އެންގެވީ އެހެންޏާ ރަސޫލު ﷲ ފަރުދާ ކުރެއްވުމަށެވެ. އަދި އައްޠަބަރާނީގެ ރިވާޔަތުގައި މިކަން މިހެން ޞަރީޙަކޮށް ވެއެވެ. އަދި އެއީ ފަހަރެއްގައި އެކަމުގެ ހުއްދަ ހާމާކުރެއްވުމަށްޓަކައެވެ. އަދި މިއީ ބޮޑުކަމުދިޔުމުގެ އާދަކާދަޔާއި ޚިލާފަށެވެ. އަދި އެހެން ނޫނީ އެއީ ފާރުން ނިވާފައިވާ ޙާލު އެކަލޭގޭފާނާއި ގާތަށެވެ. އަދި ޙުޛައިފާ އެނބުރި ހުންނަވައިގެން އެކަލޭގެފާނު ހާމާނުވާނޭ ހެން ހުންނެވުމަށެވެ. (ޚުލާސާކޮށް އިބްނު ޙަޖަރުގެ ފަތުޙުލް ބާރީއިން)

Читать полностью…

Galandān ގަލަންދާނު

📝 Reading from the Muṣḥaf in Obligatory Prayers

❝ Shaykh ˹Sulaymān˺ Al-ʿAlwān was asked about reading the Qurʾān by carrying the Muṣḥaf during obligatory prayer?

He replied: There are three juristical views on this:

1️⃣ It is forbidden [ḥarām] to pray with the Muṣḥaf during obligatory prayer; due to the excessive movement, and [the status of] the reciter is not given priority in this case.

2️⃣ It is disliked [makrūh], due to the lack of evidence to declare it prohibited [ḥarām], and as for the [objection to] movement, it is valid if it is for a need [ḥājah].

3️⃣ It is permissible [jāʾiz] with two conditions:
⬆️That he is not a ḥāfiẓ [one who has memorized the Qurʾān]
⬆️That there is no one [praying] behind him who is a ḥāfiẓ

Their evidence is what came in Al-Bukhārī⁽¹⁾ in Muʿallaq form⁽²⁾ , with an authentic chain of transmission, on the authority of ʿĀʾishah, [praying] with her freed slave. ❞



— Shaykh Sulaymān Al-ʿAlwān (text)
~ Galandān 🖋


-----------------------
[1] Al-Bukhārī stated in his ṣaḥīḥ: “Chapter on the imāmah of a slave and freed slave.” Then he quoted “ʿĀʾishah’s slave Dhakwan would lead her in prayer from the Muṣḥaf”
[2] Meaning, Al-Bukhārī documented it without an isnād (chain of transmission). Ḥāfiẓ Ibn Ḥajar attached an isnād to it in Taghlīq al-Taʿlīq (2/290) and declared, “It is an authentic narration.”

Note: We have already posted a detailed article on the issue of reading from the Muṣḥaf in Sunnah prayers. [In Dhivehi, here]

Читать полностью…

Galandān ގަލަންދާނު



އަދި ޢުމަރު ބުނުލް ޚައްޠާބު رضي الله عنه ވިދާޅުވިޔޭ: ”ތިމަންކަލޭގެފާނު ކޮޅަށް ހުންނަވައިގެން ކުޑަކަމު ވަޑައިގަންނަވަނިކޮށް ނަބިއްޔު ﷺ ދެކެވަޑައިގެންނެވިއެވެ. އެހެންކަމުން ޙަދީޘް ކުރެއްވިޔޭ «يا عمر لا تبل قائماً» ”އޭ ޢުމަރޭ، ކޮޅަށް ހުރެ ކުޑަކަމު ނުދާށެވެ.“ ވީނާ އެއަށްފަހު ތިމަންކަލޭގެފާނު ކޮޅަށްހުރެ ކުޑަކަމު ނުދަމެވެ.“ — މިރިވާޔަތަކީ އޭގެ ޟަޢީފު ކަމާއި މެދު އިއްތިފާޤުވެވިފައިވާ ރިވާޔަތެކެވެ.

📌އަދި ކޮޅަށްހުރެ ކުޑަކަމު ދިޔުން ނަހީވެގެންވާ އެއްވެސް ޙަދީޘެއް، މަރުފޫޢަ ގޮތުގައި ޞައްޙަވެފައި ނުވެއެވެ.

މިއާ ޚިލާފަށް ޞައްޙަ ވެފައިވަނީ އެކަން ޙުއްދަ ކަމުގެ މައްޗަށެވެ. ފަހެ ނަބިއްޔު ﷺ އެކަން ޢަމަލުން ކުރެއްވިއެވެ. އަދި އަޞްޙާބުންގެ ތެރެއިން ބައިގަނޑެއް އެއަށް ޢަމަލުކުރެއްވިއެވެ.

🤚މިއާއި އެކުވެސް، އިށީނދެ އިނދެ ކުޑަކަމުދިޔުމަކީ، މޮޅުއިތުރު ގޮތެވެ. އެހެނީ އެއީ ނަބިއްޔު ﷺ ގިނައިން ކަންތައް ކުރެއްވިގޮތެވެ. އަދި ކުޑަކަމުދާތަކެތި ބުރައިގެން ދިޔުމުން ބޮޑަށް ރައްކައުތެރި ގޮތެވެ. والله أعلم.


ލިޔުނީ
ސުލައިމާން ބުނު ނާޞިރަލް ޢަލްވާން (ރިސާލާ)

- ނިމުނީ -

~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

Weak Ḥadīth:

إذا خَرَجْتَ مِنْ مَنْزِلِكَ فَصَلِّ رَكْعَتَيْنِ تَمْنَعَانِكَ مَخْرَجَ السُّوءِ، وإِذَا دَخَلْتَ مَنْزِلَكَ فَصَلِّ رَكْعَتَيْنِ تَمْنَعَانِكَ مَدْخَلَ السُّوءِ
When you leave your house, perform two Rak‘ahs and this will safeguard you against evils. When you return home, perform another two Rak‘ahs and this will safeguard you against evils.


1️⃣Shaykh Al-Muḥaddith ʿAbdullah Al-Saʿd said:

“This report is not authentic, due to its abnormality [in chain of transmission], Abū Bakr Al-Bazzār after narrating this ḥadīth said: “it is not known for this ḥadīth to have been narrated from Abū Hurayrah except in this path [a chain of narration which is odd.]”

Secondly, while narrating it, Bakr ibn ʿAmr says: “I think it is from Abū Salamah from Abū Hurayrah.” So this is uncertainty from Bakr ibn ʿAmr who is the narrator from Ṣafwān ibn Sulaym, and is saying, “I think it is from Abū Salamah from Abū Hurayrah” so this is doubt (in the transmission).

Thirdly, in it's chain are narrators whose tafarrud [i.e. the ḥadīth being narrated only through his chain without any other] — is not acceptable. Like Yaḥyā ibn ʿAyyūb ˹Al-Miṣrī˺, he is someone who has some criticism and he is tafarrud in this report. And also the one who narrated from him, i.e. Muʿādh ibn Faḍālah ˹Baṣrī˺ is also tafarrud in this report and is as stated before.

Hence what is more correct is that this report is not authentic.” —End.

2️⃣Shaykh Al-Muḥaddith Abū ʿAlī Al-Ḥasanī said: “This ḥadīth is munkar.” Then he brought a similar explanation as mentioned above. [See] (Munkar, i.e. is either narrated by a weak path —chain of transmission —while there are stronger narrators who have not narrated this or the narration differs from what is narrated from other more authentic narrators.)

3️⃣Shaykh ʿAbdullah Al-Fawzān (professor of ḥadīth in Ṭayyibah University) said: “The ḥadīth is narrated by Bazzār and other than him from Abū Hurayrah. It is a weak (ḍaʿīf) ḥadīth. It was weakened by ibn Rajab in “Al-Fatḥ””. [i.e. Fatḥ Al-Bārī of ibn Rajab (5/93)]

4️⃣Ibn ʿUthaymīn was asked regarding this ḥadīth, he replied: “This ḥadīth is not authentic and should not be acted upon. However, a person is commanded, when he enters his house, to use a miswāk as the first thing he does, then to greet his family (because the first thing the Prophet, may Allah bless him and his family and grant them peace, did when he entered his house was to use a miswak) ⁽¹⁾, then to greet his family⁽²⁾...” End. — “Fatāwā Nūr ʿAlā al-Darb” (2/543).

5️⃣His student, the Shaykh Fahd Al-Sunīd said: “It is a munkar ḥadīth, which is not authentic.”

1️⃣The Fatwā board of IslamQA answered with regard to the authenticity of this report and reports similar to it in detail [See Fatwā no. 478545]

It said, in conclusion:

“It is known from the Sharīʿah that making something a reason attached for a fixed voluntary prayer, which is performed whenever this certain act is repeated, is a matter that requires evidence, because the origin of worship is Al-Tawqīf [Not allowed unless with a proof.]

There is no authentic or Ḥasan chain of transmission that indicates that the Prophet, may Allah bless him and grant him peace, did, or advised or commanded a voluntary prayer because of entering and exiting the house, and the reports reported in this regard are weak and some of them are very weak.”

Then after quoting ibn Rajab's summary it concluded:

“Rather, what is recommended is to perform voluntary prayers, including that which is attached before and after obligatory prayers [i.e. rawātib], is to perform them at home. And Allah knows best.”— End.


~ Galandān 🖋

----------------------
[1] Reported from ʿĀishah by Muslim in his ṣaḥīḥ (253)
[2] See Sūrah Al-Nūr, Verse 61
#حديث_ضعيف

Читать полностью…

Galandān ގަލަންދާނު

” ނާހައި ނުވީމާ އަހައި ލެވުނީ އޭ “
~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

ޚުޟައިރިއްޔަ ސިލްސިލާ (12)

⬆️ސުވާލު: ﷲ ގެ ޢަދުއްވުން ގެ މުށުތެރޭ އަހަރެމެންނަށް ކުރިމަތިވެފައި މިވާ ބަލިކަށި ކަމާއި މެދު ކުރެވޭނީ ކީއްތޯއެވެ؟

ޖަވާބު؛ ބަލިކަށިކަމުގެ ޙުކުމްތައް ވަނީ އަންނަނިވި ގޮތުގައެވެ:
ތަޥްޙީދާއި لا إله إلا الله ކަލިމަފުޅަށް ޢަމަލު ކުރުމާއި އޭގެ ޝަރުޠުތަކާއި އެނަފީކުރާ ކަންކަމުން ދުރުހެލިވުމާއި، ވާގިވެރިވުމާއި ބަރީޢަވުމުގެ ކަންތަކާއި، ޠާޣޫތައް ކާފިރުވުމާއި މެދު ދަންނައެ، މިކަންތައްތަކީ ބަލިކަށި ޙާލުގައި އާއި އެނޫން ޙާލަތުގައިވެސް ލާޒިމު ކަންކަމެވެ. އަދި މިތަކެތީގައި ހިތުގެ ތެރެއާއި ގުޅިފައިވާ މިންވަރަކީ އެންމެހާ ޙާލަތެއްގައިވެސް ފަރުޟު ޢައިނެކެވެ. އެއީ ވާގިވެރިވުމާއި ބަރީޢަވުމާއި ޠާޣޫތައް ކާފިރުވުމާއި، ނަފުރަތާއި ޢަދާވާތުގެ ތެރެއިންނެވެ.

އަރަހުށި އިލާހު ވަޙީ ކުރެއްވިއެވެ:
﴿يَا أَيُّهَا الْمُدَّثِّرُ (1) قُمْ فَأَنذِرْ (2) وَرَبَّكَ فَكَبِّرْ (3) وَثِيَابَكَ فَطَهِّرْ (4) وَالرُّجْزَ فَاهْجُرْ (5)﴾ (المدثر 1 - 5)
[މާނައީ: (1) އޭ ފޮތި ތަކުން ނިވައިވެގެންވާ ކަލޭގެފާނެވެ. (އޭ محمد ގެފާނެވެ.) (2) ތެދުވެވަޑައިގެން إنذار ކުރައްވާށެވެ. (مكة ގެ މީހުން إسلام ނުވިނަމަ ހުރި عذاب ގެ ވާހަކައިން އެމީހުން ބިރުގަންނަވައި އިންޒާރުކުރައްވާށެވެ.) (3) އަދި ކަލޭގެފާނުންގެ ربّ ގެ މާތްކަމާއި كِبْرِيَا ވަންތަކަމާއި ހައިބަވަންތަކަން ދެނެވަޑައިގެން އެކަލާނގެ މާތްކުރައްވާ شرك ން طاهر ވެ ވޮޑިގެންވާކަން ބަޔާންކުރައްވާށެވެ. (4) އަދި ކަލޭގެފާނުންގެ ފޭރާންކޮޅު ރަނގަޅަށް طاهر ކުރައްވާށެވެ. (5) އަދި ބުދަށް އަޅުކަން ކުރެއްވުމުން ދުރުވެވަޑައިގަންނަވާށެވެ. (ބުދުތަކާ ގާތްވެވަޑައިނުގަންނަވާށެވެ. ނުވަތަ ފާފަތަކާއި މުޅިން ދުރުވެވަޑައިގަންނަވާށެވެ.)]

އެހެނަސް މިކަންތައްތައް ޞަރީޙަކޮށް އިއްވުމާއި ފާޅުކުޅައުމަކީ ކުޅަދާނަކަން ހުރި މިންވަރަކުން އޮތް ކަމެވެ.

މިގޮތުން ކުޅަދާނަކަން ހުރެއްޖެ މީހާ އެއަށް ޢަމަލުކުރުން ވެއެވެ. އަރަހުށި އިލާހު ވަޙީ ކުރެއްވިއެވެ:

﴿قُلۡ يَٰٓأَيُّهَا ٱلۡكَٰفِرُونَ (2) لَآ أَعۡبُدُ مَا تَعۡبُدُونَ (2)﴾ (الكافرون 1-2)
[މާނައީ: (1) ކަލޭގެފާނު ވިދާޅުވާށެވެ! އޭ كافر ންނޭވެ! (2) ކަލޭމެން (ﷲ ފިޔަވައި އަޅުކަންކުރާ ބުދާއި އެހެނިހެންވެސް ތަކެއްޗަށް) އަހުރެން އަޅުކަން ނުކުރާ ހުށީމެވެ.]

އަދި ބަލިކަށި މީހާއަށް، އެކަން ކުރަން ނުކުޅެދިގެންވާނަމަ، އެމީހެއްގެ މައްޗަށް ވަނީ އޭނާ އަށް ކުޅަދާނަވީ ވަރަކަށެވެ. އަރަހުށި އިލާހު ވަޙީ ކުރެއްވިއެވެ:

﴿فَٱتَّقُواْ ٱللَّهَ مَا ٱسۡتَطَعۡتُمۡ﴾ (التغابن 16)
[މާނައީ: ފަހެ، ތިޔަބައިމީހުންނަށް ކުޅަދާނަވީވަރަކުން، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ!]

އަދިވެސް އަރަހުށި އިލާހު ވަޙީ ކުރެއްވިއެވެ:

﴿لَا يُكَلِّفُ ٱللَّهُ نَفۡسًا إِلَّا وُسۡعَهَاۚ﴾ (البقرة 286)
[މާނައީ: ﷲ تعالى އެއްވެސް نفس އަކަށް އެ نفس އަށް އުފުލޭފަދަ تكليف އެއްނޫނީ ނުޖައްސަވައެވެ.]

އަދި (އުދަގުލަށް) ކެތްތެރިވެ އެކަންތައް ފާޅުކޮށްފިނަމަ، އެއީ ބޮޑަށް ފުރިހަމަ ގޮތެވެ. އަދި ޖިހާދުގައި މަތިވެރި ގޮތެވެ.

އެގޮތުން އެކަންތައްތައް ފާޅުކުޅަ މީސްތަކުންނަށް ތަޢުރީފު ކުރައްވައި އަރަހުށި އިލާހު ވަޙީ ކުރެއްވިއެވެ:

﴿...إِذْ قَالُوا۟ لِقَوْمِهِمْ إِنَّا بُرَءَٰٓؤُا۟ مِنكُمْ وَمِمَّا تَعْبُدُونَ مِن دُونِ ٱللَّهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ ٱلْعَدَٰوَةُ وَٱلْبَغْضَآءُ أَبَدًا حَتَّىٰ تُؤْمِنُوا۟ بِٱللَّهِ وَحْدَهُۥٓ﴾ (الممتحنة 4)
[މާނައީ: ...(އެއީ) އެއުރެން، އެއުރެންގެ قوم އަށް ބުނިހިނދެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނާއި، اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެތިން، ތިމަންމެން ބަރީއަވެގެންވަމުއެވެ. ތިޔަބައިމީހުންނަށް ތިމަންމެން ކާފަރުވަމެވެ. ތިމަންމެންނާއި، ތިޔަބައިމީހުންނާ ދެމެދުގައި عداوة ތެރިކަމާއި، ރުޅިވެރިކަ ޯންފވަނީ އަބަދަށްޓަކައި ފާޅުވެފައެވެ. އެއްކައުވަންތަ اللَّه އަށް ތިޔަބައިމީހުން إيمان ވެއްޖައުމަށް ދާނދެނެވެ.]

⚠️އަދި އެކަން ކުރުމަށް ނުކުޅެދި ހުރެ، ﷲ ގެ ޢަދުއްވުން ތިމާގެ ނަފްސުގެ މައްޗަށް ވެރިވެދާނޭ ކަމުގެ ބިރުއޮވެއްޖެނަމަ، ފަހެ ކުޅަދާނަވެގެންވާ ނަމަ ހިޖުރަކުރުން އޭނާގެ މައްޗަށް ވާޖިބުވެގެން ދެއެވެ.

އަރަހުށި އިލާހު ވަޙީ ކުރެއްވިއެވެ:

﴿إِنَّ ٱلَّذِينَ تَوَفَّىٰهُمُ ٱلۡمَلَٰٓئِكَةُ ظَالِمِىٓ أَنفُسِهِمۡ قَالُواْ فِيمَ كُنتُمۡۖ قَالُواْ كُنَّا مُسۡتَضۡعَفِينَ فِى ٱلۡأَرۡضِۚ قَالُوٓاْ أَلَمۡ تَكُنۡ أَرۡضُ ٱللَّهِ وَٰسِعَةً فَتُهَاجِرُواْ فِيهَاۚ— މިއާޔަތް އޭގެ ނިޔަލަށް﴾ (النساء 97)
=

Читать полностью…

Galandān ގަލަންދާނު

⬆️ Virtues of Sūrah Al-Mulk

❝ The aḥādīth attributed to the Prophet concerning the virtue of Sūrah Al-Mulk and that it is Al-Munjiyah (the savior) ⁽¹⁾ are all defective (maʿlūl). Its virtue has only been established from Ibn Masʿūd⁽²⁾ in mawqūf form (i.e., without explicit attribution to the Prophet), and it is not improbable that it would be judged as elevated (al-rafʿ) [i.e., being attributed to the Prophet]. ❞ (text)

Al-ʿAlwān also stated in another place:

❝... this chain of transmission is authentic to ʿAbdullah ibn Masʿūd, and the ruling upon it is al-Rafʿ, because there is no room for independent interpretation in contexts like these. ❞ [refer his audio here]


— Al-Shaykh Al-Muḥaddith Sulaymān Al-ʿAlwān

~ Galandān 🖋


-----------------------
[1] Savior, because it protects and saves from the punishment of the grave and intercedes for its reciter.
[2] The narration: Al-Ḥākim (3839) narrated via Ibn al-Mubārak, and aṭ-Ṭabarānī narrated in al-Kabīr via ʿAbd ar-Razzāq (8651), both from Sufyān, from ʿĀṣim, from Zirr, from Ibn Masʿūd (may Allah be pleased with him) that he said:

“(Angels) will come to a man in his grave; they will come to his feet and his feet will say: You have no power over us; he used to recite Sūrat al-Mulk. Then they will come to his chest or his stomach and it will say: You have no power over me; he used to recite Sūrat al-Mulk. Then they will come to his head and it will say: You have no power over me; he used to recite Sūrat al-Mulk. So it is the māniʿah (protector) that protects against the punishment of the grave and it is referred to in the Torah as Sūrat al-Mulk, whoever recites it by night has done a great deal and has done well.”

Читать полностью…

Galandān ގަލަންދާނު

ޚުޟައިރިއްޔަ ސިލްސިލާ (9)

⬆️މިޒަމާނުގައި ޒުވާނުންނަށް އޮތް ރާސްތާ

ސުވާލު: ޢިއްޒަތްތެރި ޝެއިޚު އަރިހުން އަހަރެމެން އެދެނީ، ˺އުއްމަތަށް˹ މިކުރިމަތިވެފައިވާ މުޞީބާތުގައި މުސްލިމު ޒުވާނުންނަށް އޮތް ދައުރަކީ ކޮބައިތޯ ބަޔާންކޮށްދެއްވުމެވެ.

ޖަވާބު: އޭނާގެ ދައުރަކީ ޤުރުއާނާއި ސުންނަތުގައި ބާރަށް ހިފަހައްޓައިގެން ހުރުމެވެ. އަދި ތިބާމެންގެ ގާތުގައި ވާނަމަ، ސުންނަތް ޖަމާޢަތުގެ އަހުލުންގެ ބައިގަނޑާއި އެއްބައިވުމެވެ. އަދި إن شاء الله އެބައިގަނޑު ކޮންމެ ތާކުމެ އޮވެއެވެ. އެއީ މިޙަދީޘުގެ މައްޗަށެވެ: «لا تزال طائفة من أمتي على الحق منصورة» ⁽¹⁾ [މާނައީ: ތިމަންކަލޭގެފާނުގެ އުންމަތުގައި ޙައްޤުގެ މަތީ ނަޞްރުލިބިގެންވާ ބަޔަކު ފިލައިނުދާހުއްޓެވެ.]


— އައްޝެއިޚް އަލްޢައްލާމާ ޢަލީ ބުނު ޚުޟައިރުލް ޚުޟައިރު (فك الله اسره)
(ދުވިއްސަތަ ސުވާލުގެ ސުވާލު ނަމްބަރު 20)
ـــــــــــــــــــــــــــــــ
[1] مسلم : 3/170، - (1523). މިއީ މުތަވާތިރު ޙަދީޘެކެވެ.



ޚުޟައިރިއްޔަ ސިލްސިލާ (10)

⬆️الطائفة المنصورة އަކީ ޞައްޙަ ޢަޤީދާ އާއިއެކު ޞައްޙަ މަންހަޖުގެ މަތީ ތިބި ބައިގަނޑެވެ.

ސުވާލު: ﷲ ޝެޚަށް ޘަވާބު ދެއްވާށި — އަހަރެންގެ އެންމެ ފަހު ސުވާލަކީ، ޝެއިޚުގެ އަރިހުން ނަޞޭޙަތަކަށެވެ. އެއީ މިޒަމާނުގައި "ނަޞްރުވެރި ބައިގަނޑު" (الطائفة المنصورة) ތެރެއިން ވުމަށް އެދޭ މީހުންނަށެވެ. އަދި އެޝެއިޚެއް ފުށުން އަހަރެމެންނަށް ފަތުވާއެއް ނެގޭނޭވަރު އިތުބާތު ހުރި ޝެއިޚަކަށް މަގުދައްކަވައި ދެއްވުމެވެ. އެއީ ބިރުގަނެފައިވާ ޢާލިމަކާއި މަގުގެއްލިފައިވާ ޢާލިމެއްގެ ދެމެދަށް އަހަރެމެން ގިނިކަންޏާ ދޫކޮށްލެއްވުމުގެ ބަދަލުގައެވެ.

ޖަވާބު: الطائفة المنصورة ގެ ތެރެއިން ވުމަށް އެދިއްޖެ މީހާ، ފަހެ ތަޥްޙީދާއި އޭގެ އެންމެހާ ބައިތަކެއްގައި، ސުންނަތް ޖަމާޢަތުގެ އަހުލުންގެ ޢަޤީދާއާއި އުޞޫލުގައި ގަދަޔަށް ހިފާހުށިކަމެވެ. އަދި ދެންވެސް ހުރި ޢަޤީދާގެ ބައިތަކާއި އަދި މަންހަޖާއި ޢަމަލުގައިވެސް ހިފުމެވެ. އަދި އޭނާގެ ދުލާއި ދުނިތިލައިން ޖިހާދު ކުރުމެވެ. (އެބަހީ ދައުވަތާއި ކަނޑިންނޭ އެވެ.) އަދި އެޝެއިޚެއް ފުށުން ފަތުވާ ހިފުން ތިބާއަށް ވާ ޝެއިޚަކީ، އެމީހެއްގެ ދީނާއި ޢިލްމުގައި އިތުބާރުހުރި ފަރާތެވެ. އެބޭފުޅުން އެބަތިއްބެވެ. ﷲ އަށް ޙަމްދު ހުއްޓެވެ.

އަރަހުށި އިލާހު ވަޙީ ކުރެއްވިއެވެ:

﴿فَسۡئَلُوٓاْ أَهۡلَ ٱلذِّكۡرِ إِن كُنتُمۡ لَا تَعۡلَمُونَ﴾ (النحل 43)

[މާނައީ: ކަލޭމެންނަށް ނޭނގެންޏާ ذِكْر ގެ أهل ވެރިންކުރެން ކަލޭމެން ނިކަންއަހައި ބަލާށެވެ!]


— އައްޝެއިޚް އަލްޢައްލާމާ ޢަލީ ބުނު ޚުޟައިރުލް ޚުޟައިރު (فك الله اسره)
(އައްޝެއިޚް އަޙްމަދް މޫސާ ޖިބްރީލް ގެ "އައްސަލަފިއްޔޫން ފޯރަމް" ގައި ބޭއްވުނު "ހުޅުވާލެވިފައިވާ މަޖިލިސް" ގެ 200 ސުވާލާއި ޖަވާބު އިން.) ސުވާލު ނަމްބަރު 28 ގެ 2

~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

ޚުޟައިރިއްޔަ ސިލްސިލާ (8)

⬆️ޢަޤީދާގެ ކަންތައްތަކުގައި ވަކިފަރުދަކަށް ތަބަޢަވެ ބަރޯސާ ވުމުގެ ޙުކުމް

ސުވާލު: ޢަޤީދާގެ ބާބުގައި ތަޤްލީދު ކުރުން ހުއްދަ ވެގެންވޭތޯއެވެ؟ އަދި މިބުނުން: "ތިމަންނާ މިވަނީ މިވެނި މީހެއްގެ ޢަޤީދާގެ މަތީގަޔޭ" — ޞައްޙަވެގެން ވޭ ތޯއެވެ؟

ޖަވާބު: އާއެކެވެ. އިޖުމާޢުގެ މަތިން އެކަން (އެބަހީ: ޢަޤީދާގެ ބާބުގައި ތަޤްލީދު ކުރުން) ހުއްދަވެގެން ވެއެވެ. އެކަމުގައި އިޖުމާޢު ނެރުއްވީ އައްސަފަރާނީ އެކަލޭގެފާނުގެ ޢަޤީދާ ˺ފޮތުގައެވެ.˹ އަދި އައްނަވަވީ ވެސް މެއެވެ. އެހެނަސް ޢަޤީދާގައި ކޮންމެހެންވެސް ކަށަވަރުވުން ލާޒިމެވެ. އަރަހުށި އިލާހު ވަޙީ ކުރެއްވިއެވެ:

﴿فَسۡئَلُوٓاْ أَهۡلَ ٱلذِّكۡرِ إِن كُنتُمۡ لَا تَعۡلَمُونَ﴾ (النحل 43)
[މާނައީ: ކަލޭމެންނަށް ނޭނގެންޏާ ذِكْر ގެ أهل ވެރިންކުރެން ކަލޭމެން ނިކަންއަހައި ބަލާށެވެ!]

އެހެންކަމުން ސުވާލު ކޮށް އެއުރެންނަށް އޭގައި ތަޤްލީދު ކުރުމަށް (އެބަހީ: އިތުބާރާއިއެކު ބަރޯސާވުމަށް) މެނުވީ ލާޒިމު ނުކުރައްވައެވެ. އެހެނީ، އާދައިގެ ފަރުދުންނަށް (އެބަހީ: ޢިލްމީ ދަރިވަރުން ނޫން މީހުންނަށް) ދަލީލު މަޢުރީފާ ނުކޮށްގަނެވެއެވެ. އަދި އެހަނދުމަ ބެހެއްޓުމީ އޭނާގެ ޤާބިލުކަމަށްވުރެ މަތީގައިވާ ކަމެކެވެ.

﴿فَٱتَّقُواْ ٱللَّهَ مَا ٱسۡتَطَعۡتُمۡ﴾ (التغابن 16)
[މާނައީ: ފަހެ، ތިޔަބައިމީހުންނަށް ކުޅަދާނަވީވަރަކުން، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ!]

﴿لَا يُكَلِّفُ ٱللَّهُ نَفۡسًا إِلَّا وُسۡعَهَاۚ﴾ (البقرة 286)
[މާނައީ: ﷲ تعالى އެއްވެސް نفس އަކަށް އެ نفس އަށް އުފުލޭފަދަ تكليف އެއްނޫނީ ނުޖައްސަވައެވެ.]

އަދި "ތިމަންނާ މިވަނީ މިވެނި މީހެއްގެ ޢަޤީދާގެ މަތީގަޔޭ" — މިބުނުމާއި މެދު ދަންނައެ، އޭނާ އެއިން ނިސްބަތް ކުރަނީ ރަސޫލު ﷺ އަދި އަޞްޙާބުންގެ ތެރެއަށް ކަމުގައި ވާ ނަމަ، އޭގައި މަނަޢެއް ނުވެއެވެ. އަދި އޭނާ އެބަސް ނިސްބަތްކުރަނީ އެނޫން ފަރާތަކަށް ނަމަ، އެއީ ކާކުތޯ ބެލުން ވެއެވެ. ދެން އެރައްދުވާ މީހެއްގެ ޢަޤީދާ އަކީ ސުންނަތުގެ އަހުލުންގެ ޢަޤީދާ ނަމަ، އެއީ މީޘާލަކަށް އިމާމް އަޙްމަދު ނަމަ ނޫނީ މާލިކު ފަދަ ބޭކަލަކަށް ނަމަ، އެ ބުނުމުގައި މަނަޢެއް ނެތެވެ. މިއީ ތަޤްލީދު ހުއްދަވުމުގެ މައްޗަށެވެ. އަދި އެއަށްވުރެ ހެޔޮތާހިރީ އޭނާ މިހުރީ ސަލަފުންގެ ނޫނީ އަޞްޙާބުބޭކަލުންގެ ނޫނީ މިފަދަ ބޭފުޅުންތަކެއްގެ ޢަޤީދާގެ މަތީގައި ކަމަށް ނިސްބަތްވުމެވެ.


— އައްޝެއިޚް އަލްޢައްލާމާ ޢަލީ ބުނު ޚުޟައިރުލް ޚުޟައިރު (فك الله اسره)
(އައްޝެއިޚް އަޙްމަދް މޫސާ ޖިބްރީލް ގެ "އައްސަލަފިއްޔޫން ފޯރަމް" ގައި ބޭއްވުނު "ހުޅުވާލެވިފައިވާ މަޖިލިސް" ގެ 200 ސުވާލާއި ޖަވާބު އިން.) ސުވާލު ނަމްބަރު 18

~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

ޚުޟައިރިއްޔަ ސިލްސިލާ (6)

⬆️ދާރުލް ކުފްރު ގައި ދަރިން ތަރުބިއްޔަތު ކުރުމުގެ މައްޗަށް ނަޞޭޙަތެއް

ސުވާލު: ހުޅަނގުގައި ދިރިއުޅޭ މަންމައިންނާއި ބައްޕައިންގެ މައްޗަށް އެވެރިންގެ ފިރިހެންދަރިންނާއި އަންހެން ދަރިންނާއި މެދު އޮތް ވާޖިބިއްޔަތަކީ ކޮބައިތޯއެވެ..؟ އަދި ހަލާކާއި ފަސާދައިގެ ތެރެއަށް އެކުދިން ގެނބިގެން ދިޔުމުން ރައްކައުތެރި ކުރުމުގެ އަދި ކާފަރުންނާއި އެވެރިންގެ ޢަމަލުތަކާއި އަޚްލާޤިއްޔަތަށް ތަބަޢަވުމުން ރައްކައުތެރި ކުރުމުގެ މަގަކީ ކޮބައިތޯއެވެ؟

ޖަވާބު: އެންމެ ފުރަތަމަކަށް ވާޖިބު ވެގެން ވަނީ ތަޥްޙީދާއި ޢަޤީދާ އުނގަންނައި ދިނުމެވެ. އަރަހުށި އިލާހު ވަޙީ ކުރެއްވިއެވެ:

﴿فَٱعۡلَمۡ أَنَّهُۥ لَآ إِلَٰهَ إِلَّا ٱللَّهُ وَٱسۡتَغۡفِرۡ لِذَنۢبِكَ﴾ (محمد 19)
[މާނައީ: ފަހެ ހަމަކަށަވަރުން الله މެނުވީ حَقُّ އިލާހަކު ނުވާކަން ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނު ކަލޭގެފާނުންގެ ފާފަ ފުއްސެވުމަށް އެދި ދަންނަވާށެވެ!]

ވީމާ މުކައްލިފެއްގެ މައްޗަށް އޮތް އެންމެ ފުރަތަމަ ވާޖިބިއްޔަތަކީ ތަޥްޙީދު މަޢުރިފާކޮށް ދެނެގަތުމެވެ. އަދި އެ އުނގެނުމެވެ. އަދި އެއަށް ޢަމަލު ކުރުމެވެ. އަލްވަލާއު އާއި ބަރާއު ހިމެނެނީ އޭގެ ތެރެއިންނެވެ. އަދި ޠާޣޫތަށް ކާފަރުވުމާއި ކާފަރުންނާއި ޢަދާވާތްތެރިވުމާއި އެވެރިންނަށް ނަފުރަތު ކުޅައުމާއި ތަކްފީރު ކުރުންވެސް ހިމެނެނީ އޭގެ ތެރެއިންނެވެ.

ދެން އެއަށް ފަހު ބާކީ ހުރި ރުކުންތަކެވެ. އެކައްޗަކަށްފަހު އެޔާއި ވިދިގެން ވާ އެއްޗެވެ. ވީމާ ތަޥްޙީދަށްފަހު ނަމާދެވެ. ދެން މިބީދައިންނެވެ. ދެން އެއަކަށް ސަބަބެއްވާ އަދި ޙާޖަތް ޖެހޭ ކަންކަމެވެ. އެހެނީ ސަބަބެއް ކުރިމަތިވެއްޖެނަމަ އެކަމެއް އުނގެނުމުގެ ވާޖިބު އެޅެއެވެ. އަދި މިކަންތައް ފުންކަން ބޮޑެވެ. އެހެނަސް އެހިނދެއްގައި ވަނީ ޢިލްމުވެރިންނާއި އެކަމުގައި ސުވާލުކުރުމެވެ.

އަރަހުށި އިލާހު ވަޙީކުރެއްވިޔޭ:
﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ قُوٓاْ أَنفُسَكُمۡ وَأَهۡلِيكُمۡ نَارًا﴾ (التحريم 6)
[މާނައީ: އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ نَفْس ތަކާއި އަދި ތިޔަބައިމީހުންގެ أَهْل ވެރިން (އަނބިދަރިން) ނަރަކައިން ސަލާމަތްކުރާށެވެ.]

އަދި ދަންނާށޭ އޭ އަހަރެންގެ އަޚާއެވެ! ކުފުރުގެ ބިމުގައި އަދި ދާރުލް ކުފްރް އާއި ޙަރްބު ގައި އެވެރިން ދެމިތިބުމީ ނުހަނު ބޮޑު ނުރައްކަލެކެވެ. އިތުރުއެކަލޭގެފާނުން ﷺ ޙަދީޘް ކުރެއްވިޔެވެ: «أنا بريء ممن أقام بين ظهراني المشركين» [މުޝްރިކުންގެ މެދުތެރޭގައި ދިރިއުޅޭ މީހާގެ ފުށުން ތިމަންކަލޭގެފާނު ބަރީއަވެވަޑައިގެން ވަމެވެ.]⁽¹⁾

އަދި އިޖުމާޢުގެ މަތިން އޮތް ހަމައެކަނި މަގަކީ އެކަމަށް ކުޅަދާނަވެގެން ވާނަމަ ކުފުރުގެ ބިންތަކުން އިސްލާމީ ބިންތަކަށް ހިޖުރަ ކުޅައުމެވެ. އެއީ އެތަންތަނެއްގައި ދީން ގާއިމު ކުރުމުގެ ކުޅަދާނަކަން އޮތް ތަންތަނެވެ. މިއީ މިކަމަށް މަގުފަހި ނަމައެވެ. އަދި މަގުފަހިވެގެން ނެތްނަމަ، ކާފަރުންގެ ފުށުން ތިބާ ވީއްލިހުރުމެވެ. އިބްރާހީމްގެފާނުގެ މިއްލަތަކީ މިއީއެވެ.

﴿وَأَعۡتَزِلُكُمۡ وَمَا تَدۡعُونَ مِن دُونِ ٱللَّهِ﴾ (مريم 48)
[މާނައީ: އަދި ކަލޭމެންނާއި ކަލޭމެން ﷲ ފިޔަވައި ތިޔަ އަޅުކަންކުރާތަކެތީންވެސް އަހުރެން ވަކިވާހުށީމެވެ.]

އެއީ އެވެރިންނާއި ދެކޮޅަށް ގަދަހަދަމުން (ޖިހާދުކުރަމުން) އަދި ދަޢުވަތުދެމުން ދާ ޙާލުގައެވެ.



— އައްޝެއިޚް އަލްޢައްލާމާ ޢަލީ ބުނު ޚުޟައިރުލް ޚުޟައިރު (فك الله اسره)
(އައްޝެއިޚް އަޙްމަދް މޫސާ ޖިބްރީލް ގެ "އައްސަލަފިއްޔޫން ފޯރަމް" ގައި ބޭއްވުނު "ހުޅުވާލެވިފައިވާ މަޖިލިސް" ގެ 200 ސުވާލާއި ޖަވާބު އިން.) ސުވާލު ނަމްބަރު 9

~ ގަލަންދާނު 🖋


ـــــــــــــــــــــــــــــــــ
[1] މިއީ މުރްސަލް ޙަދީޘެކެވެ. އެހެނީ މިޙަދީޘު ވާރިދުވެފައިވާ ރާޖިޙު ސަނަދަކީ، ތާބިޢީ ބޭފުޅާ ޤައިސު ބުނު ޙާޒިމް އަރިހުން އަޞްޙާބު ބޭފުޅެއްގެ ނަން ނެތި، ދެން ނަބިއްޔު ﷺ އަރިހުންނެވެ. އަލްޢަލްވާން ވިދާޅުވިއެވެ:

މި ޤައިސް އަކީ މުޚަޟްރަމް ބޭފުޅެކެވެ. (މިއީ: ތާބިޢީ ބޭފުޅުންނާއި އަޞްޙާބު ބޭފުޅުންނާއި ދެމެދު ޖީލެކެވެ. އަދި ތާބިޢީންގެ ތެރެއިން ދޮށީ ބޭކަލުންނޭވެސް ބުނެވެއެވެ.) އަދި ގައިސް އަރިހުން ވާރިދުވެފައިވާ މުރްސަލް ރިވާޔަތް ތަކީ ވަރުގަދަ ތަކެއްޗެވެ. އެހެނީ އެއީ مُخضْرم ބޭކަލެއް ކަމުންނެވެ. އަދި ބުނެވެއެވެ: އެކަލޭގެފާނާއި ބައްދަލުވެވަޑައިގެންނެވިޔޭ ޖަންނަތުގެ ހެޔޮ ޚަބަރު ލިބިވަޑައިގަތް ދިހަ ބޭކަލުންނާއިވެސް. އަދި މިއީ ޖުމްލަގޮތެއްގައި ޞައްޙަ ވާހަކައެވެ. އެހެނަސް އެއިން ބައެއް ބޭކަލުން އަރިހުން ބަސްފުޅު އަޑު އިވިވަޑައިގެންނެވި ކަމާއިމެދު ޘާބިތެއް ނޫނެވެ. އެހެނަސް އަޞްޙާބުން ކުރެ ބޮޑުންގެ ތެރެއިން ބައިގަނޑަކާއި ބައްދަލުވެވަޑައިގެނެވިއެވެ. رضي الله عنهم. އަދި އެކަލޭގެފާނުގެ މުރްސަލް ރިވާޔަތްތަކީ ބާރުހުރި ރިވާޔަތް ތަކެވެ. އަދި އަހަރެމެން ކުރިން ބަޔާން ކުރި ތަކެތި މި ޙަދީޘަށް ބާރުދެއެވެ...“ (فتاوى هامة)

Читать полностью…

Galandān ގަލަންދާނު

ޚުޟައިރިއްޔަ ސިލްސިލާ (4)

⬆️ފަލަސްތީނުގައި ތިބި އަހަރެމެންގެ އަޚުންނަށް އަހަރެމެން ވެފައިވާ ބޭވަފާގެ ފާފައިން މިންޖުވުމުގެ މަގަކީ ކޮބައިތޯއެވެ؟

ޖަވާބު: ﷲ ގެ މަގުގައި ޖިހާދު ކުރުމެވެ. އަދި އަހަރެމެންނަށް ކެރިކުޅަދާނަވީ ވަރަކުން އަހަރެމެންގެ ނަފްސުތަކުންނާއި މުދަލުންނާއި އަތްތަކުންނާއި ދޫތަކުންނާއި ގަލަންތަކުންނާއި އަދި އެނޫން އެންމެހާ ގޮތްތަކަކުން އެވެރިންނަށް މަދަދުވެރި ވެގެންނެވެ. އިތުރުއެކަލޭގެފާނުން ﷺ ޙަދީޘް ކުރެއްވިއެވެ:

«جَاهِدُوا الْمُشْرِكِينَ بِأَمْوَالِكُمْ وَأَنْفُسِكُمْ وَأَلْسِنَتِكُمْ»

[ތިޔަބައިމީހުންގެ މުދަލުންނާއި ޖާނުންނާއި ދޫތަކުން، މުޝްރިކުންނާއި ދެކޮޅަށް ޖިހާދުކުރާށެވެ.]⁽¹⁾

ރިވާކުރެއްވީ ސުނަން ފޮތްތަކުގެ ބޭފުޅުންނެވެ.❝


— އައްޝެއިޚް އަލްޢައްލާމާ ޢަލީ ބުނު ޚުޟައިރުލް ޚުޟައިރު (فك الله اسره)
(އައްޝެއިޚް އަޙްމަދް މޫސާ ޖިބްރީލް ގެ "އައްސަލަފިއްޔޫން ފޯރަމް" ގައި ބޭއްވުނު "ހުޅުވާލެވިފައިވާ މަޖިލިސް" ގެ 200 ސުވާލާއި ޖަވާބު އިން.) ސުވާލު ނަމްބަރު 39

~ ގަލަންދާނު 🖋


ـــــــــــــــــــــــــــــ
[1] ސުނަން އަބޫ ދާވޫދުގެ ޝަރަޙް "ޢަޥްން އަލްމަޢުބޫދު" ގައި ވެއެވެ: ”މިޙަދީޘަކީ ޖާނުން ޖިހާދު ކުރުަމުގެ މައްޗަށް އޮތް ދަލީލެކެވެ. އެއީ ނިކުމެ ސީދާ ކާފަރުންނާއި ކުރިމަތިލުމެވެ. އަދި މުދަލުން ޖިހާދު ކުރުަމުގެ މައްޗަށް އޮތް ދަލީލެކެވެ. އެއީ ޖިހާދާއި ހަތިޔާރާއި އެފަދަ އެންމެހާ އެއްޗަކަށް ހޭދަކުރުން ފަދަ، އެއަކުން އެވާޖިބު ކޮޅަށް ޖެހޭނޭ އެންމެހާ ކަމެއްގައެވެ. އަދި ދުލުން ޖިހާދު ކުރުަމުގެ މައްޗަށް އޮތް ދަލީލެކެވެ. އެއީ އެއުރެން މައްޗަށް ޙުއްޖަތް ޤާއިމުކުރުމާއި، ﷲ تعالى ގެ މަގަށް އެއުރެންނަށް ދަޢުވަތު ދިނުމާއި، އެއްޗެހިގޮވުމާއި މިފަދަ އެއަކުން ޢަދުއްވުންގެ ނިމުން ގެނުވޭނޭ އެންމެހާ ކަމެކެވެ. {وَلَا يَنَالُونَ مِنۡ عَدُوٍّ نَّيۡلًا إِلَّا كُتِبَ لَهُم بِهِۦ عَمَلٌ صَٰلِحٌۚ} [9:120] (...އަދި ޢަދުއްވަކަށް އެވެރިންދޭ ކޮންމެ ގެއްލުމެއްވިޔަސް، އެއިން ކޮންމެ ކަމަކީ އެވެރިންނަށް ޞާލިޙު ޢަމަލެއް ކަމުގައި ލިޔެވިގެންމެނުވީ ނުވާ އެއްޗެކެވެ.) —اهــ.

Читать полностью…

Galandān ގަލަންދާނު

ޚުޟައިރިއްޔަ ސިލްސިލާ (2)

ބަޔާންވެވުނު [ ﷲ ބާއްވައިލެއްވި ޙުކުމް ފިޔަވައި އެއްޗަކުން ޙުކުމް ކުރުމުގެ ] ކަންތަކުގައި، كفرا دون كفر (ކުޑަ ކުފްރު) އަށް ވާ ކަންކަމާއި كفرا اكبر (ބޮޑު ކުފްރު) އަށް ވާ ކަންކަމަކީ ކޮބައިތޯއެވެ؟

[ޖަވާބު] ﷲ ބާއްވައިލެއްވި ޙުކުމް ފިޔަވައި އެއްޗަކުން ޙުކުމް ކުރުމުގެ ކަންތަކުގައި ތަފްޞީލު ވެއެވެ. ބައެއް ފަހަރު އިމާން ކަމާއި މިއްލަތުން ބޭރުވެދާ ބޮޑު ކުފުރު އޭގައި ވެއެވެ. އެއީ [އިސްލާމީ] ޝަރީޢަތާއި ޚިލާފު ޤަނޫނަކުން ނުވަތަ ޘަޤާފަތަކުން ނުވަތަ އާދަކާދައަކުން ނުވަތަ ޝަރުޢުތަކަކުން އެކަން ކުރާހިނދުގައެވެ. އެހެނަސް އޭނާ ޙުކުމް ކުރަނީ [ވަކި ނިޔާއެއް ކަނޑައެޅުމުގެ ތެރޭ] އޭނާގެ ހަވާނަފުސަށް ނޫނީ ޝަހުވަތަކަށް ނަމަ، މިއީ ވާޖިބު އީމާން ⁽¹⁾ ނަފީ ވެގެންދާ ކުޑަ ކުފުރެވެ. އެއީ {ޤާޟީން ވަނީ ތިނެކޭ، ˺އެއިންް˹ ދެޤާޟީން ވަނީ ނަރަކައިގަޔޭ} އޮތް ޙަދީޘުގެ މައްޗަށެވެ. ދެން ˺އޭގެ ތެރޭގައި˹ ޖާހިލު ޤާޟީއާއި ހަވާނަފްސުގެ މައްޗަށް ޙުކުމް ކުރާ ޤާޟީ ޛިކުރުކުރެއްވިއެވެ. އަދި މިކަމުގައި ހެކިލިބޭ އެއްޗަކީ މިއެވެ. — އެޙަދީޘު ރިވާކުރެއްވީ ސުނަން ފޮތްތަކުގެ ބޭފުޅުންނެވެ. ދެންފަހެ ޝަރީޢަތާއި ޚިލާފަށް التشريع ކުރުން (އެބަހީ: ވަޟަޢީ ޤާނޫނު ހެދުން) ދަންނައެ، މިއީ އިތުރު ތަފްޞީލެއް ނެތި ބޮޑު ކުފުރެވެ.“


— އައްޝެއިޚް އަލްޢައްލާމާ ޢަލީ ބުނު ޚުޟައިރުލް ޚުޟައިރު (فك الله اسره)
(އައްޝެއިޚް އަޙްމަދް މޫސާ ޖިބްރީލް ގެ "އައްސަލަފިއްޔޫން ފޯރަމް" ގައި ބޭއްވުނު "ހުޅުވާލެވިފައިވާ މަޖިލިސް" ގެ 200 ސުވާލާއި ޖަވާބު އިން.) ސުވާލު ނަމްބަރު 36

~ ގަލަންދާނު 🖋


ــــــــــــــــــــــ
[1] الإيمان الواجب އަކީ އެކަމެއް ކުރުން ނޫނީ ނުކޮށް ދޫކުޅައުން ކަމުގައިވިޔަސް، އެކަމުގެ މައްޗަށް ވަޢީދު އައިސްފައިވާ އެހެނަސް ކުފުރު ނުވާ ކަންކަމެވެ. ވީމާ الإيمان الواجب ދޫކުޅައުމަކީ މިޘާލަކަށް ޒިނޭ ކުރުމާއި، ރިބާ ކެއުމާއި، ވައްކަން ކުރުމާއި، ރާބުއިން ފަދަ ކަންކަމެވެ. އެކަމުގައި (ކުފުރު ނުވުމަށް) އޮންނަ ޝަރުޠަކީ އެކަން ޙަލާލު ނުކުޅައުމާއި އެއަށް (އޭގެ ޝަރުއީ ޙުކުމަށް) އިންކާރު ނުކުޅައުމެވެ. އެބަހީ ޙަރާމް ކަންތައް ޙަލާލު ނުކުރުމެވެ. އަދި ވާޖިބަށް އިންކާރު ނުކުރުމެވެ. މިއާ ޚިލާފަށް أصل الإيمان އަކީ އެއެއް ނެތިއްޖެނަމަ، އީމާކަން އެއްކޮށް ނަފީވެގެންދާ ކަންކަމެވެ. އަދި ކުފުރުން ސަލާމަތްވެ އީމާން ކަމުގެ ތަރަހައަށް ވަދެވެނީ އެޔާއި އެކުގައެވެ. އޭގެތެރޭގައި ހިމެނެނީ: (ހ) އެޢަމަލެއް ދޫކުޅައުމީ ކުފުރަކަށްވާ އެންމެހާ ކަންކަމެވެ. އެހެންކަމުން އެ ޢަމަލު ކުރުމީ أصل الإيمان އެވެ. މިޘާލަކަށް (ކަލިމަޔަށް) ދުލުން އިޤުރާރު ވުމާއި، ތަޞްދީޤާއި ހިތުގެ އިންޤިޔާދު ފަދައެވެ. އަދި (ށ) އެޢަމަލެއް ކުޅައުމީ ކުފުރަކަށްވާ ކަންކަމެވެ. ވީމާ އެ ޢަމަލު ނުކުރުމީ أصل الإيمان އީމާނެވެ. މިޘާލަކަށް ދީނަށް ޖޯކުޖެހުން، ވާޖިބަކަށް އިންކާރު ކުރުން، ﷲ ނޫން ފަރާތަކަށް ދުޢާ ކުރުން ނޫނީ ވާތްގަށް އެދުން ފަދަ ކަންކަމެވެ.

Читать полностью…

Galandān ގަލަންދާނު

ޚުޟައިރިއްޔަ ސިލްސިލާ (1)

⬆️ވަޟަޢީ ޙުކުމް ހެދުމާއި ޙުކުމް ކުރުމުގެ ފަރަޤު އަދި އެދެކަމުގެ ޝަރުޢީ ޙުކުމްތައް

ސުވާލު: މިދެކަންތަކުގެ ޙުކުމާއި އެދެކަމުގެ ފަރަޤަކީ ކޮބައިތޯއެވެ؟ (ހ) ބާއްވައިލެއްވި ޙުކުމް ފިޔަވައި އެއްޗަކުން ޙުކުމް ކުރުން. (ށ) ﷲ ގެ ޝަރީޢަތް ނޫން ޝަރުޢުއެއް ހެދުން (މިއީ އެކިއެކި އަދުގެ އިސްލާމީ ބިންތަކުގައި ފެތުރިފައިވާ އެއްޗެވެ.)

ޖަވާބު: އެދޭތީގެ ދެމެދުގައިވާ ފަރަޤަކީ، ﷲ ބާއްވައިލެއްވި ޙުކުމް ފިޔަވައި އެއްޗަކުން ޙުކުމް ކުރުމަށްވުރެ ، التشريع (ޙުކުމް ހެދުމުގެ ކަންތަކަކީ) ޚާއްޞަ (ތަފާތު ވައްތަރު އެކުނުލެވޭ) ޙާލަތެއް ކަމެވެ. އަދި ﷲ ބާއްވައިލެއްވި ޙުކުމް ފިޔަވައި އެއްޗަކުން ޙުކުމް ކުރުމަކީ ޢާންމު (އެކި ޙާލަތް ހިމެނޭ) އެއްޗެއް ކަމެވެ. އެހެނީ ﷲ ބާއްވައިލެއްވި ޙުކުމް ފިޔަވައި އެއްޗަކުން ޙުކުމް ކުރުމުގައި، ޝަރުޢު ތަކާއި ޤާނޫނުން ޙުކުމް ކުރުމާއި، ނޫނީ ޝަރުއެއް ނުލާ ހަވާނަފްސާއި ޝަހުވަތުން ޙުކުމް ކުރުންވެސް ހިމެނެއެވެ.

⚠️ދެންފަހެ التشريع އަށް ބަލާއިރު، އެއީ އިތުރު ތަފްޞީލެއް ނެތި ސީދާ ބޮޑު ކުފުރެވެ. އެއީ ޢަމަލުން އޮންނަ ބޮޑު ކުފުރެވެ. އޭގައި އިޢްތިޤާދަށް (ހިތުގެ އަޑިން އެކަމުގައި އޭނާ ދެކޭގޮތަށް) ބެލުމެއް ނުވެއެވެ.

ﷲ تعالى ވަޙީ ކުރެއްވިއެވެ:
﴿أَمۡ لَهُمۡ شُرَكَٰٓؤُاْ شَرَعُواْ لَهُم مِّنَ ٱلدِّينِ مَا لَمۡ يَأۡذَنۢ بِهِ ٱللَّهُۚ﴾ (الشعراء 21)
[ނުވަތަ اللَّه، إذن ދެއްވާފައިނުވާ دين އެއް، އެއުރެންނަށް، شرع ކޮށް ކަނޑައަޅައިދިން شريك ންތަކެއް އެއުރެންނަށް ވޭހެއްޔެވެ؟]

އަދިވެސް އެއިލާހު تعالى ވަޙީ ކުރެއްވިއެވެ:

﴿وَإِنۡ أَطَعۡتُمُوهُمۡ إِنَّكُمۡ لَمُشۡرِكُونَ﴾ (الأنعام 121)
[އެއުރެންނަށް ކިޔަމަންވެއްޖެނަމަ ހަމަކަށަވަރުން، ތިޔަބައިމީހުންނަކީވެސް، مشرك ންކަން ކަށަވަރެވެ.]

🤚މިއާ ޚިލާފަށް، "ﷲ ބާއްވައިލެއްވި ޙުކުމް ފިޔަވައި އެއްޗަކުން ޙުކުމް ކުރުން" ދަންނައެ، އޭގައި ތަފްޞީލު ތަކެއް ހިމެނެއެވެ. އެހެންކަމުން ވަކި ޤަޟިއްޔާ އެއްގައި (މައްސަލައެއްގައި ނިޔާ ކަނޑައަޅަމުން ދާއިރު) އޭނާގެ ހަވާނަފްސާ އެއްގޮތަށް ނޫނީ ޝަހުވަތާއި އެއްގޮތަށް ޙުކުމެއް ކޮށްފިނަމަ، ފަހެ މިއީ كفر دون كفر އެވެ. (ބޮޑު ކުފުރުފިޔަވައި އޮންނަ ކުޑަ ކުފުރޭ ބުނެވޭ ވައްތަރެވެ.)

އެއީ {ޤާޟީން ވަނީ ތިނެކޭ، ˺އެއިންް˹ ދެޤާޟީން ވަނީ ނަރަކައިގަޔޭ} އޮތް ޙަދީޘުގެ މައްޗަށެވެ.⁽¹⁾ ދެން ˺އޭގެ ތެރޭގައި˹ ޖާހިލު ޤާޟީއާއި ހަވާނަފްސުގެ މައްޗަށް ޙުކުމް ކުރާ ޤަޟީ އާއިމެދު ދިކުރުކުރެއްވިއެވެ. އަދި މިއަށް (އެބަހީ: ކުޑަކުފުރު ގެ ޙާލަތަށް) އޮތް ހެއްކަކީ މިއީއެވެ. — މި ޙަދީޘު ރިވާކުރެއްވީ ސުނަން ފޮތްތަކުގެ ބޭފުޅުންނެވެ.


(ނުނިމޭ)

ــــــــــــــــــــــــــــــــ
[1] ޙަދީޘް:

(القضاةُ ثلاثةٌ : واحدٌ في الجنَّةِ ، واثنان في النَّارِ ؛ فأما الذي في الجنَّةِ ، فرجلٌ عرف الحقَّ فقضى به . ورجل عرَف الحقَّ ، فجارَ في الحُكمِ ، فهو في النَّارِ ، ورجلٌ قضى للناسِ على جهلٍ فهو في النَّارِ)
މާނައީ: “ޤާޟީން ބެހިގެންދަނީ ތިންބަޔަކަށެވެ. އޭގެތެރެއިން އެއްބަޔަކު ސުވަރުގެއަށެވެ. އަދި އަނެއް ދެބައި ނަރަކަޔަށެވެ. ފަހެ ސުވަރުގޭގައި ވާ މީހުންނަކީ ޙައްޤު އެނގުމަށްފަހު އެއާއި އެއްގޮތަށް ޙުކުމް ކުރި މީހުންނެވެ. އަދި ޙައްޤު އެނގުމަށްފަހު އޭނާގެ ހުކުމްގައި އެހެންމީހުންނަށް އަނިޔާވެރިވި މީހުންވަނީ ނަރަކައިގައެވެ. އަދި ހަމައެފަދައިން ޖާހިލު ކަމާއެކު (ޢިލްމާއި ނުލައި) މީސްތަކުންގެ މެދުގައި ޙުކުމްކުރި ޤާޟީވެސް ވަނީ ނަރަކައިގައެވެ.”

Читать полностью…

Galandān ގަލަންދާނު

🔴ބިދުޢަވެރިންނާއި އެއްވެ އުޅުމުން ތިމާއާއި ގާތް އެހެން މީހުންވެސް އެބިދުޢަވެރީންގެ ބާޠިލުގައި ޖެހެއެވެ.

އަބޫ ޙަނީފާގެ ދަރިވަރު، އަބޫ ޔޫސުފުގެ އަރިހުން، ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ނަޤުލު ކުރެއްވިއެވެ:

[ދަންނައެ] ސުންނަތް ޖަމާޢަތުގެ އެއްވެސް މީހެއް ބިދުޢައިގެ އަހުލުންގެ ތެރެއިން އެއްވެސް މީހަކާއި އެއްވެ އުޅެގެން ނުވާނެއެވެ. އެއީ އެ އެއްވެއުޅުމުގެ ސަބަބުން އޭނާގެ އެކުވެރިޔަކަށްވެ ގާތްފަރާތަކަށް ވެދާނެ ކަމަށްޓަކައެވެ. އެއީ އެބިދުޢަވެރިޔާ މި އެކުވެރިކަން ބޭނުންކޮށް އޭނާ ނޫނީ އެނޫން ފަރާތެއް ވިޔަސް [ޙައްޤު] މަގުން ކައްސުވައިލާފާނޭ ކަމުގެ ބިރަށްޓަކައެވެ.

— ”مجموع الفتاوى“ (16/475)

~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

”ދަރިޔަކު އުފަންވެގެން ތަހުނިޔާ ކިޔުމާއި މެދު އޮތް ޙަދީޘު «باركَ لكَ في الموهوب لك، و شكرتَ الواهبَ..»
#حديث_ضعيف

ނަބިއްޔު ﷺ އަރިހުން ޘާބިތެއް ނޫނެވެ.
އެއީ ޙަސަނުލް ބަޞްރީގެ ބަސްފުޅުތަކުގެ ތެރެއިން ވާ އެއްޗެކެވެ.
އެ ދުޢާ ކިޔުމުގެ މައްސަލައެއް ނުވެއެވެ.“

— އައްޝެއިޚް އަލްމުޙައްދިޘް ޚާލިދުލް ޙާޔިކް (ބަސްކޮޅު)


🔸އައްޞާދިޤު އަލްޙާޝިމީ ވިދާޅުވިއެވެ:

”މިމައްސަލާާގައި މިބަސްކޮޅެއްވެސް އަދި މިނޫން ބަސްކޮޅެއްވެސް، އެހެންޏާ މަރުފޫޢުކޮށް ނަބިއްޔު ﷺ އަރިހުން ނޫނީ މަޥްޤޫފުކޮށް އަޞްޙާބުބޭކަލުންގެ ގާތުންވިޔަސް ޞައްޙަވެފައި ނުވެއެވެ. އައިސްފައިވަނީ ޙަސަނުލް ބަޞްރީ رحمه الله ގެ އަރިހުންނެވެ. والله أعلم.“


🔸އައްޠަރީފީ ވިދާޅުވިއެވެ:

”އަލަށް އުފަންވާ ދަރިއަކަށް އުފަންވުމާއި ވިދިގެން ކިޔުމަށް ޚާއްޞަ ދުޢާއެއް ސުންނަތުން ޘާބިތުވެފައި ނުވެއެވެ. އަދި މިކަމުގައި އަޞްޙާބު ބޭކަލުންގެ އަރިހުންވެސް ޞައްޙަ ބަސްފުޅެއް ވާރިދުވެގެން ނުވެއެވެ. މިކަމުގައި އެންމެ ގާތް ވެގެންވާ އެއްޗަކަށްވެސް އޮތީ ޙަސަނުލް ބަޞްރީ ތަހްނިޔާ ކިޔުމަށް އުނގަންނަވައިދެއްވައި މީހަކަށް ކިޔައިދެއްވި ބަސްފުޅެކެވެ: «ކިޔާށޭ: بَارَكَ اللهُ لَكَ فِي الْمَوْهُوبِ لَكَ، وَشَكَرْتَ الْوَاهِبَ، وَبَلَغَ أَشُدَّهُ، وَرُزِقْتَ بِرَّهُ»⁽¹⁾ —ރިވާކުރެއްވީ އިބްނުލް މުންޛިރު އާއި އިބްނު ޢަސާކިރެވެ.“


📝 އަހަރެން ބުނަމެވެ: އަލްޙަސަނުލް ބަޞްރީގެ އަރިހުން ވާރިދުވެފައިވާ މިބަސްކޮޅު ދެ ސަނަދަކުން އައިސްފައިވެއެވެ. އަދި އެދޭތީގައިވެސް ބަލިކަށިކަމެއް ވެއެވެ. އެހެނަސް އަޅުކަންތަކުން ބޭރުގައި ކިޔެވޭ ދުޢާގެ އަޞްލަކީ އެތަކެތި ވަކި ޚާއްޞަ ކަލިމަތަކަކަށް ހިފެހެއްޓިގެން ނުވުމެވެ. އަދި އިޚްތިޔާރު އޮތުމެވެ. ވީމާ ތިބާގެ ދުލަށް ފަސޭހަ ކޮންމެ ދުޢާއެއް ވިޔަސް އެފަދަ ޙާލެއްގައި ކިޔުން ހުއްދައެވެ. އަދި ކިއެއްތަ، މިޙާލަތުގައި އެކަން މުސްތަޙައްބު ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. އެއީ ނަވަވީއިމާމު المجموع (8/443) ގައި، އަދި الأذكار (ص/289) ގައި ނަންގެންނެވި ފަދައިންނެވެ. އަދި އިބްނު ޤުދާމާ المغني (9/464) ގައިވެސް އެހެން ޛިކުރު ކުރެއްވިއެވެ.


⬆️ ފައިދާއެއް:

އަލްއުޞައިމީ ވިދާޅުވިއެވެ: ”ތާބިޢީން ގެ އަރިހުން ދަރިޔަކު އުފަންވުމާއި ވިދިގެން ތަހުނިޔާ ކިޔުމަށް ”جعله الله مباركا عليك وعلى أمة محمد ﷺ “ — މިބަސްކޮޅު ޘާބިތެވެ. ދެންފަހެ އަލްޙަސަން އަރިހުން އޮތް ބަސްކޮޅު ”بورك لك في الموهوب وشكرت الواهب....“ އެކަލޭގެފާނު އަރިހުން އެބަސްކޮޅު ޘާބިތެއް ނޫނެވެ. “


📝 އަހަރެން ބުނަމެވެ: މި ބަސްކޮޅު ”جَعَلَهُ اللهُ مُبَارَكًا عَلَيْكَ وَعَلَى أُمَّةِ مُحَمَّدٍ ، صَلَّى اللهُ عَلَيْهِ وَسَلَّمَ “⁽²⁾ އައިސްފައިވަނީ ތާބިޢީންގެ ތެރެއިން އައްޔޫބުއް ސަޚްތިޔާނީ އަދި ޚުދު އަލްޙަސަނުލް ބަޞްރީގެ އަރިހުންނެވެ. އަދި މި ރިވާޔަތްތަކާއި މި މައްސަލާގައި އިތުރަށް ބަލައިހޯދުމަށް އިސްލާމް-ސުވާލުޖަވާބު 205068 އަށް ބަލާށެވެ.

~ ގަލަންދާނު 🖋


ــــــــــــــــــ
[1] މާނައީ: "ﷲ ތިބާއަށް ބަރަކާތް ލައްވާށިޔޭ އެއިލާހު ތިބާއަށް ދެއްވި ހަދިޔާގައި، އަދި އެދެއްވި ފަރާތަށް ތިބާ ޝުކުރުވެރިވާށިއެވެ. އަދި (އެކުއްޖާ) ފުރާފުރިހަމަ ކުރައްވާށިއެވެ. އަދި އޭނާގެ ކަމޭހިތުން ތިބާއަށް ރިޒްޤު ކުރައްވާށިއެވެ."
[2] މާނައީ: ”ތިބާއަށާއި މުޙައްމަދު ﷺ ގެ އުއްމަތަށް އޭނާ އަކީ ބަރަކާތެއް ކަމުގައި ލައްވާށިއެވެ.“

Читать полностью…

Galandān ގަލަންދާނު

💠 ޤަވާޢީދު: ނަޖިހުގެ މަދު އެތިކޮޅަކަށް ޝަރުޢުގައި ފަރުވާލެއް ނުދެވެއެވެ.

”ފިޤުހީ ޤަވާޢިދު: «ނަޖިހުގެ މަދު އެތިކޮޅަކީ ޝަރުޢުގައި ފަރުވާލެއް ދެވޭ އެއްޗެއް ނޫނެވެ.» — މި ޤަވާޢިދަކީ ޞައްޙަ ޤަވާޢިދެކެވެ. އަދި ޝެއިޚުލް އިސްލާމް މިޤަވާޢިދު ބޭނުން ކުރައްވައި، އިސްތިޖްމާރު⁽¹⁾ ކުޅައުމާއި ކުޑަކަމުދާ ތަކެތީން ބުރައިގެންދާ ˺ޢާންމު ޙާލަތުގައި ނުފެންނަވަރު˹ ކުދި ތިކިތަކަށް ފަރުވާލެއް ނުދެވުމުގެ މައްޗަށް އެއިން ދަލީލު ނެންގެވިއެވެ.“
— އައްޝެއިޚް ސުލައިމާން އަލްޢަލްވާން. (ބަސްކޮޅު)


📝 އަހަރެން ބުނަމެވެ. މީގެ ތަފްޞީލަކީ:

1️⃣ ޙަމަދު ބުނު ޢަބްދު ﷲ ބުނު ޢަބްދުލްޢަޒީޒް އަލްޙަމަދު ވިދާޅުވިއެވެ: ”ޝެއިޙުލް އިސްލާމް رحمه الله ދެކެވަޑައިގަތް ގޮތަކީ، އަދި އަބޫ ޙަނީފާގެ މަޛުހަބަކީ، މުޠްލަޤުކޮށް (އެބަހީ: ވަކި ބާވަތަކަށް އިސްތިޘްނާއެއް ނެތި) ނަޖިހުގެ ކުޑަ މިންވަރަކަށް ފަރުވާލެއް ދެވުން ނުވާ ކަމުގައެވެ. އެއީ ދިޔާއެއްޗެއް ނޫނީ އެނޫން އެއްޗެއް ކަމުގައި ވިޔަސް އެވެ. އެހެނަސް މި ˺އުޞޫލު˹ ހިފެއްހެއްޓިގެން ވަނީ: އެއަކުން ވީއްލުން ދަތި އުދަގޫ ވެގެންވާ އެއްޗެއް ކަމުގައި އެތަކެތި ވާހިނދުގައެވެ. މި ˺އުޞޫލު˹ ޤިޔާސު ކުރެވެނީ އިސްތިޖްމާރު⁽¹⁾ ކުރުމުގައި ޢުޛުރު ވެވިގެންވާ ނަޖިހުގެ މައްޗަށެވެ. އެހެނީ އެނގިބަޔާންވެގެންވާ ފަދައިން އިސްތިޖްމާރު ކުރުމުން ނަޖިހުގެ އަޘަރު މުޅިއަކުން ނެއްޓި ނުދެއެވެ. އަދި އެއަށްފަހު ދެމިހުންނަ އަޘަރަކީ އެއަކަށް ބެލެވުން ނުވާ އެއްޗެކެވެ. އެހެންކަމުން އެއަށް ފަރުވާލެއް ދެވުން ނުވަނީ (ނުވަތަ ޢުދުރުދެވިފައިވަނީ) އެއިން ވީއްލިގަތުމުގެ މައްޗަށް އޮތް ދަތިއުނދަގުލުގެ ސަބަބުންނެވެ. ހަމަ މިބީދައިން އެއަކުން ނެއްޓުން ބުރަވެގެންވާ އެންމެހާ ޢާންމު ނަޖިސްތައް ހިމެނިގެން ވެއެވެ. އެގޮތުން އޭގެ ކުޑަމިންވަރު ޢުދުރުވެގެން ވެއެވެ. އަދި "ކުޑަމިންވަރޭ" ބުނެވޭ ބަހުގެ މުރާދަކީ: އާދަކާދައިގައި ކުޑަ މިންވަރެވެ. މީގެ މިޘާލަކީ: މަސްކެނޑުމުގެ މަސައްކަތުގައި އުޅޭ މީހެއްގެ މިޘާލެވެ. އަދި އޭނާގެ ހެދުމަށް ލޭގެ ތިކިތަކެއް ބުރައިގެން ދިޔުމީ އެކަށީގެންވާ ކަމެވެ. އަދި އެއިން މިންޖުވެގަތުމަށް އަބަދުވެސް ތާޒާ ހެދުމެއް ލައިގެން ނަމާދު ކުރުމީ އޭނާއަށް އޮތް ބުރައެކެވެ. އެހެންކަމުން އޭނާ ނަމާދު ކުރާހިނދު މަދު މިންވަރަކަށް ލޭގެ ތިކިތަކެއް ހުރުމުގައި އޭނާއަށް ގޯހެއް ނުވެއެވެ...“

(ބަސްކޮޅު، ފަތުވާ شرط العفو عن يسير النجاسة އިން)


📝 އަހަރެން ބުނަމެވެ: މިތާނގައި "ވަކި ބާވަތަކަށް އިސްތިޘްނާއެއް ނެތި" އޭ މިއޮތީ، ބައެއް ޢިލްމުވެރިން ކުޑަ ނަޖިހެއްގެ ޣުޛުރު ދެއްވަނީ ލެޔާއި⁽²⁾ ދޮހަށް އެކަނި ކަމުންނެވެ. ސަޢޫދީގެ ލަޖްނަތުއް ދާއިމާ ގެ (5/396) ފަތުވާގައި އިޚްތިޔާރު ކުރެވިފައިވަނީ މި ރައުޔެވެ.

އެހެނަސް ޙަނަފީންގެ ނިންމުމުގައި އެންމެހާ ނަޖިހަކަށްވެސް މި ޢުޛުރު ފުޅާވެގެން ވެއެވެ. ލެޔާއި ކުޑަކަމުދާ ތަކެއްޗާއި އެނޫން ތަކެތިވެސް އެވެ. [އިތުރަށް ބަލައިހޯދުމަށް “الاختيار” (1/31) އަށް ރުޖޫޢަވާށެވެ.]

އެހެނީ ކުޑަ އެތިކޮޅެއްގެ ނަޖިހަކީ އެއިން ރައްކައުތެރިވުމަށް ދަތި އުދަގޫވެގެންވާ އެއްޗެކެވެ. ވީމާ އެއަށް ފަރުވާލެއް ދިނުން ނުވެއެވެ. މިޘާލަކަށް ހެދުމަށް ނޫނީ ހަށިގަނޑަށް ބުރައިގެން ގޮސް ޖެހޭ ލޮލަށް ˺ޢާންމު ޙާލަތުގައި˹ ނުފެންނަވަރު ކުޑަކަމުދާ ތިއްކެވެ.


2️⃣އިބްނުލް މުންޛިރު ވިދާޅުވިއެވެ: ”ކުޑަކަމުދާތަކެތީގެ ކުޑަ މިންވަރަކާއި މެދު އެބޭކަލުން އިޚްތިލާފު ވެލެއްވިއެވެ. އެއީ ހެދުމަށް ގޮސް ޖެހޭ ˺އިހުގެ ބޮޑު˹ ތިނޯހެއްގެ ތުނޑުވަރު ތިއްކި ފަދައެވެ. އެހެންކަމުން އެބޭކަލުންތެރެއިން އެއްބަޔަކު ވިދާޅުވިއެވެ: ’އޭގެ މަދު މިންވަރެއްވިޔަސް ގިނަ މިންވަރެއް ވިޔަސް ދޮންނަން ޖެހޭނެއެވެ.‘

އެހެނަސް ˺އަބޫ ޙަނީފާގެ ދަރިވަރު˹ މުޙައްމަދު ބުނުލް ޙަސަން ވިދާޅުވީ: ˺ކުޑަ އެތިކޮޅުގައި˹ ދޮންނާކަށް ނުޖެހޭނެޔޭ އެވެ. އަދި.. މިސްޢަރަށް ބުނެވުނެވެ: ˺އަބޫ ޙަނީފާގެ އަނެއް ދަރިވަރު˹ އަބޫ ޔޫސުފު ވިދާޅުވިޔޭ: ”މަސްކާށިދޫންޏެއްގެ ލޯ ވަރު ނޫނީ ތިނޯހެއްގެ ބޯކޮޅު ވަރު ކުޑަކަމުދާ އެތިކޮޅެއްގެ މައްސަލައެއް ނެތެވެ.“ އެގޮތް ˺މިސްޢަރު ވެސް˹ ބަލައިގެންނެވިއެވެ.“ — އިބްނުލް މުންޛިރު ގެ ބަސްކޮޅު މިޙިސާބަށް، "އަލްއަޥްސަޠު" (2/138) އިން.


ــــــــــــــــــ
[1] އިސްތިޖްމާރު ކުރުން: ކުރަކިކަމެއް އެކުލެވޭ މާއްްދާއެއް ބޭނުން ކޮށްގެން ކުޑަކަމު ނޫނީ ބޮޑުކަމު ދިޔުމަށް ފަހު [ފެނާއި ނުލައި] ސާފު ތާހިރުވުމެވެ. އެއީ ހިލަޔާއި އެއިން ޤިޔާސުކުރެވޭ ޓިޝޫ ފަދަ ތަކެތިންނެވެ.
[2] ނޯޓް: ލެޔަކީ އޭގެ ޒާތުގައި ނަޖިހެއްތޯ އާއިމެދުވެސް ޚިލާފެއް ވެއެވެ. އަދި އެކަމުގައި ޖުމްލަވީކޮށް އިޖުމާޢު އޮތް ކަމަށްވާ ޤަޥްލަށް އަލްޢަލްވާން ރައްދުދެއްވާފައި ވެއެވެ. އަހަރެމެންގެ މަޥްޟޫޢު އަކީ މިއީ ކަމުގައި ނުވާތީ ކުރުކޮށްލަމެވެ.

Читать полностью…

Galandān ގަލަންދާނު

Shaykh ˹Sulaymān˺ Al-ʿAlwān was asked about the most beneficial times for ḥijāmah (cupping), and if anything was established with regards to it?

He replied, “The aḥādīth reported regarding the specific timing of cupping are questionable, and none are authentic. As for the most beneficial times for cupping, they are, as Imām Aḥmad—may Allah have mercy upon him—said, ‘when the blood is agitated (pumping strongly).’”

— Sulaymān Al-ʿAlwān (text)
~ Galandān 🖋

Читать полностью…

Galandān ގަލަންދާނު

📝 ކޮޅަށްހުރެ ކުޑަކަމު ދިޔުމުގެ ޙުކުމް

ފަޟީލަތުއް ޝެއިޚް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން حفظه الله تعالى އަށް. ޝަރުޢީ ގޮތުން ކޮޅަށް ހުރެ ކުޑަކަމު ދިޔުން ހުއްދަހެތޯއެވެ؟ އަހަރެމެން ގެ އެއްވުމެއްގެ ތެރެއިން ބައެއްގެ ތެރޭ މިމައްސަލާގައި އަރައިރުމެއް ވަނީ އުފެދިފައެވެ. އެއްބަޔަކު އެކަން ހުއްދައޭ ބުނާއިރު އަނެއް ބަޔަކު އެކަން މަނަޢު ކަމަށް ބުނެއެވެ. އެހެންކަމުން މި ސުވާލު ފަޟީލަތްތެރި ޝެއިޚް އަށް އެރުވުމަށް އެއްމެންވެސް ވަނީ އެއްބަސްވެފައެވެ. އެއީ މިކަމުގައި އޮތް ރަނގަޅު ބުނުމަކީ ކޮބައިތޯ ދެނެގަތުމަށްޓަކައެވެ.


بسم الله الرحمن الرحيم

މިމައްސަލާގައި ވާ ޤަޥްލުތަކުގެ ތެރެއިން ޞައްޙަކަން އެންމެ ބޮޑު ޤަޥްލަކީ، ކޮޅަށް ހުރެ ކުޑަކަމު ދިޔުން ހުއްދަކަމެވެ. އަދި އެކަމުގައި މަކުރޫހަކަމެއް ނެތުމެވެ.

ޙުޛައިފާ رضي الله عنه ވިދާޅުވިއެވެ: ”ބަޔަކުމީސްތަކުންގެ ކުނިބުނި އުކާ ތަނެއްގެ ގާތަށް ނަބިއްޔު ﷺ ވަޑައިގެންނެވުމުން، އެކަލޭގެފާނު ކޮޅަށް ހުންނަވައި ކުޑަކަމު ވަޑައިގެންނެވިއެވެ. ދެން ފެން ކަންވާރެއް ގެންނެވުމަށް ތިމަންކަލޭގެފާނު އަރިހު ޙަދީޘުކުރެއްވިއެވެ. އަދި ފެން ގެންނެވުމުން، ވުޟޫއު ކުރެއްވިއެވެ.“ މިޙަދީޘް ރިވާކުރެއްވީ ޢަލްބުޚާރީ (224 ގައި) އެވެ. އެއީ ޝުޢުބާ ގެ މަގުން އަލްއަޢްމަޝްގެ އަރިހުން އަބޫ ވާއިލުގެ އަރިހުން ޚުޛައިފަތުގެފާނު ގާތުންނެވެ. އަދި މުސްލިމް (273 ގައި) ވެސް ރިވާކުރެއްވިއެވެ. އެއީ އަބޫ ޚައިޘަމާގެ މަގުން، އަލްއަޢްމަޝްގެ ގާތުންނެވެ. އަދި އަލްބުޚާރީ މިޙަދީޘު ބާބު ކުރެއްވީ: ”ބާބު: ކޮޅަށް އަދި ތެދުވެ ހުރެ ކުޑަކަމު ދިޔުން“ މިހެންނެވެ.

މިއީ އިހުގެ ޢަރަބިންގެ އާދައެވެ. އެއުރެން ކޮޅަށް ތިބެ ކުޑަކަމުދެއެވެ. އަދި އިސްލާމްދީން އައުމަށްފަހު މިކަމަށް ˺މިބީދައިން˹ ރުހުން ދެވުނެވެ. އެހެންކަމުން ނަބިއްޔު ﷺ ކޮޅަށް ހުންނަވައި ކުޑަކަމު ވަޑައިގެންނެވިއެވެ. އެއީ އެކަން ޖާއިޒުކަން ބަޔާން ކުރެއްވުމުގެ ގޮތުންނެވެ. އަދި އެކަލޭގެފާނުގެ އަޞްޙާބުންގެ ތެރެއިން ބައިގަނޑަކާއި، ތާބިޢީންގެ ތެރެއިން އިބްނު ސީރީނާއި ޢުރުވަތު ބުނުއް ޒުބައިރު މިކަމުގައި ހުއްދަ ކަނޑައެޅުއްވިއެވެ.

ޢިލްމުވެރިން ގެ ތެރެއިން ބޭކަލުންތަކެއް ޚުޛައިފަތުގެފާނުންގެ ޙަދީޘު މައްޗަށް ޢަމަލުކުރުން މަންސޫޚަ ކަމަށް ވިދާޅުވެ ޢުޛުރުދެއްކެވިއެވެ. އެހެނަސް މިއީ ކުށެކެވެ.

އަދި އެއްބަޔަކު ވިދާޅުވީ އެކަލޭގެފާނު ކޮޅަށް ހުންނަވައިގެން ކުޑަކަމު ވަޑައިގެންނެވީ ކަކުލުހުޅުގައި ހުރި ޒަޚަމަކާއި ވިދިގެންކަމެވެ. މިބީދައިންވާ ޙަދީޘެއް ވެއެވެ. އެހެނަސް އެޔެއްް ޞައްޙައެއް ނޫނެވެ.

އަނެއް ބަޔަކު ވިދާޅުވީ އެކަލޭގެފާނު ކޮޅަށް ހުންނަވައިގެން ކުޑަކަމު ވަޑައިގެންނެވީ، އިށީނދެވަޑައިގަތުމަށް ޖާގައެއް ނެތުމުން ކަމުގައެވެ.

ޢައިޝާ رضي الله عنها ވިދާޅުވިއެވެ: ”ނަބިއްޔު ﷺ ކޮޅަށް ހުންނަވައިގެން ކުޑަކަމު ވަޑައިގެންނެވި ކަމަށް ބުނެއްޖެ މީހެއްގެ ވާހަކަ ތެދު ނުކުރާށެވެ. އެކަލޭގެފާނު އިށީނދެ އިންނަވައިގެން މެނުވީ ކުޑަކަމު ވަޑައިނުގަންނަވައެވެ.“

މިޙަދީޘު ރިވާކުރެއްވީ އައްތިރުމިޛީ (ނ. 12) ގައި، ޝަރީކު ގެ މަގުން އަލްމިޤްދާމް ބުނު ޝުރައިޙު އަރިހުން އެކަލޭގެފާނުގެ ބައްޕާގެ ގާތުން، ޢާއިޝަތުގެފާނުންގެ އަރިހުންނެވެ. އަދި އެސަނަދުގައިވާ ޝަރީކު، މިއީ ހަނދުމައިގައި ކުށްޖެހިވަޑައިގަންނަވާ ބޭކަލެކެވެ. އަދި އެއަށް ތަބަޢަވާ ރިވާޔަތެއް ސުފްޔާން ގެ އަރިހުން އަޙްމަދާއި އެނޫން ބޭކަލުން ރިވާކުރެއްވިއެވެ.⁽¹⁾

އަދި މިޙަދީޘުގައި ކޮޅަށް ހުރެ ކުޑަކަމު ދިޔުމަށް ނުރުހުމެއް ވުމުގެ މައްޗަށް ދަލީލު ކުރެވުމެއް ނުވެއެވެ. އެހެނީ ޢާއިޝަތުގެފާނު ޚަބަރު އެދެއްވަނީ އެކަމަނާއަށް ފެނިދެނެވި ޢިލްމުގެ މައްޗަށެވެ. އަދި އެކަމަނާއަށް ނުއެނގި ފޮރުވިފައިވާ އެއްޗެއް އެހެން ބޭކަލުން އަރިހުން އެވަނީ ހެކިވެ ނަޤުލުވެވިފައެވެ.

=

ـــــــــــــــــــــــ
[1] ސުފްޔާންގެ އަރިހުން އަލްމިޤްދާމް ބުނު ޝުރައިޙު ގެ އަރިހުން، އެކަލޭގެފާނުގެ ބައްޕާގެ އަރިހުން ޢާއިޝަތުގެފާނު އަރިހުން، އެކަމަނާ ވިދާޅުވިޔޭ: ”ޤުރުޢާން އެކަލޭގެފާނަށް ބާއްވައިލެވޭން ފެށުނީއްސުރެން، ރަސޫލު ﷲ ﷺ ކޮޅަށް އިންނަވައިގެން ކުޑަކަމުވަޑައިގެންފައި ނުވެއެވެ.“ މިއެވެ. މިއީ ހަމަ ޝަރީކު ރިވާކުރެއްވި ސަނަދުންނެވެ. އެހެނަސް މީގައިވާ ބަސްކޮޅު ތަފާތެވެ. އަދި މިއާއި އެކު، ޙުޛައިފާ އިތުރުއެކަލޭގެފާނުން ގެ ޚާދިމަކަށް ހުންނެވީ ރިސާލަތުގެ ފަހުން ކަމުގައި ވުން ްބަޔާންވެގެންވެއެވެ.

Читать полностью…

Galandān ގަލަންދާނު

⚠️ އަންހެނާ ގެއިން ބޭރަށް ނިކުތުމާއި މެދު، ޝެއިޚް ސުލައިމާން އަލްޢަލްވާން އާއި ސުވާލު ވެވުނެވެ.

ވިދާޅުވިއެވެ:

ޝަރުޠު ތަކާއި އެކު ހުއްދައެވެ. އޭގައި ހިމެނެނީ:
1. ވަލީވެރިޔާގެ ހުއްދަ އެކަނބުލޭގެއަށް އޮތުން
2. ފިތުނަވެރި (ނުރައްކަލަކުން) ނަފްސުގެ މައްޗަށް އަމަންއަމާންކަން އޮތުން —ނަފްސަށް ފިތުނަޔަކުން އަމާންކަމެއް ނުވާނަމަ، އެކަނބުލޭގެއާއިއެކު މަޙްރަމެއް ވުން ވެއެވެ.
3. ވާހަކަދެއްކުމުގައި ތޫލި ނުވުން⁽¹⁾
5. އަބުރުވެރިކަމާއި އެކު މުޅި ހަށިގަނޑު ނިވާކޮށްގެން ނިކުތުން — އެހެނީ ”އަންހެނާ އަކީ ޢަޥްރައެކެވެ.“⁽²⁾


— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން (ބަސްކޮޅު)

~ ގަލަންދާނު 🖋


ـــــــــــــــــــــ
[1] އަލްއަޙްޒާބް ސޫރަުގެ 32 ވަނަ އާޔަތުގެ {فَلَا تَخۡضَعۡنَ بِٱلۡقَوۡلِ} ގެ ދޭހައިގައި ބަކުރުބެ رحمه الله ވިދާޅުވިއެވެ:

ތިޔަކަނބަލުންގެ ބަސްފުޅު ވިދާޅުވުމުގައި ތޫލިވުން ލޫޅާފަތިވުން ˺އާތްވުން˹ ފަދަ ގޮތްތައް ނުބަހައްޓަވާށެވެ!
[2] ޙަދީޘް: «المرأة عورة». صحيح ابن حبان (4661)

Читать полностью…
Subscribe to a channel