ޢިލްމު އަދި އެއަށް ލޯބިކުރާ ދަރިވަރުންނަށް Notes by, ibn Fahmī Dīdī عفا الله عنه Friends & family 🤖 Contact: @galandan_bot 🌐 English: @galandaan
ކުރިން ޝާއިޢު ކުރެވުނު ލިޔުމުގެ ޕީޑީއެފް ⚙️ވަރޝަން
Читать полностью… ③
އަދިވެސް ވަޙީ ކުރެއްވިއެވެ:
وَٱسۡتَشۡهِدُواْ شَهِيدَيۡنِ مِن رِّجَالِكُمۡۖ فَإِن لَّمۡ يَكُونَا رَجُلَيۡنِ فَرَجُلٞ وَٱمۡرَأَتَانِ مِمَّن تَرۡضَوۡنَ مِنَ ٱلشُّهَدَآءِ أَن تَضِلَّ إِحۡدَىٰهُمَا فَتُذَكِّرَ إِحۡدَىٰهُمَا ٱلۡأُخۡرَىٰۚ وَلَا يَأۡبَ ٱلشُّهَدَآءُ إِذَا مَا دُعُواْۚ وَلَا تَسۡـَٔمُوٓاْ أَن تَكۡتُبُوهُ صَغِيرًا أَوۡ كَبِيرًا إِلَىٰٓ أَجَلِهِۦۚ ذَٰلِكُمۡ أَقۡسَطُ عِندَ ٱللَّهِ وَأَقۡوَمُ لِلشَّهَٰدَةِ وَأَدۡنَىٰٓ أَلَّا تَرۡتَابُوٓاْ إِلَّآ أَن تَكُونَ تِجَٰرَةً حَاضِرَةٗ تُدِيرُونَهَا بَيۡنَكُمۡ فَلَيۡسَ عَلَيۡكُمۡ جُنَاحٌ أَلَّا تَكۡتُبُوهَاۗ [البقرة:282]
(އަދި ކަލޭމެންކުރެ ފިރިހެނުންގެ ތެރެއިން ދެހެކިންލައި އެލިއުން އެއީ ރަނގަޅު ލިއުމެއްކަމަށް ހެކިކުރުވާށެވެ! ދެފިރިހެނުން ނެތިއްޔާ އެއްފިރިހެނަކާއި ދެން ހެކިބަހަށް ކަލޭމެން ރުހޭ ދީންވެރި عدل ވެރި އަންހެނުންކުރެ ދެއަންހެނުންލާށެވެ! އެހެނީ ހެކިބަސް އަދާކުރަންވާ ވަގުތު އެއިން އެއްއަންހެނަކު އެއިން ތަންކޮޅެއް ހަނދާންނެތި ދާނެއެވެ. ދެން އަދި އަނެއްމީހާ ހަނދާންވެދާނެއެވެ. ދެން އަދި ހެކިބަސް އަދާކުރުމަށް ހެކިވެރިންނަށް ގޮވިއްޖެއްޔާ އެމީހުން އެކަމުން މަނާވެނުގަތުން ހުއްޓެވެ. ހެކިބަސް އަދާކުރަން ދިއުމަކީ واجب ކަމެކެވެ. އަދި ކިތައްމެ ކުޑައެއްޗެއްކަމުގައިވިޔަސް އަދި ނުވަތަ ބޮޑުއެއްޗެއްކަމުގައިވިޔަސް އެކަނޑައެޅިގެންވާ މުއްދަތަކަށް ލިއުމަށް ކަލޭމެން ފޫހިނުވާށެވެ! އެގޮތް ﷲ ގެ حضرة ގައި عدل ވެރިކަން ބޮޑުވެފައި އަދި ހެކިބަސް އަދާކުރުމުގައި ސީދާކަންބޮޑުވެފައި އަދި ޝައްކު ނުވުމާއި ގާތްކަންބޮޑުވާނެއެވެ. އަދި އެހެންނަމަވެސް ކަލޭމެންގެމެދުގައި އަތުންއަތަށް ހަމަމިހާރުން މިހާރަށް ހިނގާ ވިޔަފާރިއެއްނަމަ އެއެއްޗެއް ނުލިއުމަކުން ކަލޭމެންގެމައްޗަކަށް ކުށެއްނެތެވެ.)
އަދި މިއީ ފިރިހެނުންނާއި އަންހުންނަށެވެ. އެހެންކަމުން ދަރަންޏެއް ލެވޭ ހިނދު އެ ލިޔުމުން ދެލި ކުރުމަށް އަމުރު ކުރެއްވިއެވެ. އަދި އެއަށް ހެކި ކުރުމަށް ހެކިވެރިން ގެނައުމަށް އަމުރުކުރެއްވިއެވެ. ދެން އެންގެވީ މިހުރިހާ ކަމަކީ ދަރަނީގެ ކަންތަކުގައި ކަމެވެ. ވީމާ ލިޔުމުން އެކަން ދެލިކުރުންވަނީ ދަރަންޏަށެވެ. އަދި ހެކިކުރުން ޢާންމުވެގެން ވެއެވެ. ދެން ވަޙީ ކުރެއްވީ:
إِلَّا أَنْ تَكُونَ تِجَارَةً حَاضِرَةً تُدِيرُونَهَا بَيْنَكُمْ فَلَيْسَ عَلَيْكُمْ جُنَاحٌ أَلَّا تَكْتُبُوهَا،
(އެހެންނަމަވެސް ކަލޭމެންގެމެދުގައި އަތުންއަތަށް ހަމަމިހާރުން މިހާރަށް ހިނގާ ވިޔަފާރިއެއްނަމަ އެއެއްޗެއް ނުލިއުމަކުން ކަލޭމެންގެމައްޗަކަށް ކުށެއްނެތެވެ.)
ދެންފަހެ ހެކި ކުރުމާއި މެދު، އެއަށް ވަނީ އެދެކަމުގައިވެސް ހެކިވުމެވެ. އެހެންކަމުންނޭ އެއަށް ފަހު ވަޙީ ކުރެއްވީ:
وَأَشْهِدُوا إِذَا تَبَايَعْتُمْ
(ދެން އަދި ކަލޭމެން ގަނެވިއްކަންޏާ އެބަހީ ވިޔަފާރިކުރަންޏާ ހެކިކުރުވާށެވެ!)
ފަހެ މިއެންމެހާ އަމުރުތަކެއް މިވަނީ ޢާންމުކޮށް އަންހެނުންނާއި ފިރިހެނުންނަށެވެ. ވީމާ ދަރަނީގައި އެގްރީމަންޓު (ދެލިކުރުން) މިވަނީ ފިރިހެނުންނާއި އަންހެނުންނަށެވެ. އަދި ހެކިވެރިން ހެކިކުރުން މިވަނީ އަންހެނުންނާއި ފިރިހެނުންނަށެވެ. އެހެންކަމުން އެއެންމެންވެސް ގަނެވިއްކާ ތަކެއްޗަށް ހެކިކުޅައުން ވެއެވެ. އަދި ވިޔަފާރިތަކާއި އެގްރީމަންޓުތަކުގައިވެސް އެވެ. އެހެނަސް އެއްތަނެއްގައި ތިބެ ވަގުތުން ވަގުތައް ނިންމޭ ގަނެވިއްކުމުގައި އެގްރީމެންޓެއް ދެލި ނުކުރިޔަސް މައްސަލައެއް ނުވެއެވެ. އެހެނީ އެކަން އެވަގުތުން ވަގުތަށް ނިމި އެޔާއި ގުޅުން އޮތް ކަމެއް (ޒިއްމާއެއް) ދެމިނުއޮންނާތީއެވެ. އަދި މިއެންމެހާ ކަމަކީ ފިރިހެނުންނާއި އަންހެނުންނަށް އެކުއެކީ ޝާމިލުވެގެންވާ ކަންކަމެވެ.
އަދި ނައްޞުތައް (މުޚާޠަބު ކުރެވިފައި) ހުރީ ފިރިހެނުންނާއި އަންހެނުންނަށް ޢާންމު ގޮތުގައެވެ. އެއީ ނަބިއްޔު ﷺ ގެ މިޙަދީޘް ފަދައިންނެވެ:
البيعان بالخيار ما لم يتفرقا، فإن صدقا وبينا بورك لهما في بيعهما وإن كتما وكذبا محقت بركة بيعهما
”ދެބައިމީހުން ވިޔަފާރީގެ މަޖިލިހުން ވަކިނުވެ ތިބެއްޖެ ހިނދުގައި ވިޔަފާރިއެއްގައިވާ ދެފަރާތަށްވެސް އެ އުވައިލުމުގެ ފުރުސަތުވެއެވެ. އެހެންކަމުން ދެބައިމީހުންވެސް ތެދުވެރިވެ (ފޮރުވުމެއްނެތި ގަނެވިއްކުމުގައި ހުރި އައިބެއް ނޫނީ ގޯހެއް) ބަޔާން ކުރާނަމަ، ދެވެރިންނަށް ވެސް ދެވެރިންގެ ވިޔަފާރީގައި ބަރަކާތް ލެވެއެވެ. އަދި ފޮރުވައި ދޮގުހަދާނަމަ، އެދެވެރިންގެ ވިޔަފާރީގެ ބަރަކާތް ކެނޑިދެއެވެ.“
އަދި ވެސް ﷲ ވަޙީ ކުރެއްވިޔޭ:
وَأَحَلَّ ٱللَّهُ ٱلۡبَيۡعَ وَحَرَّمَ ٱلرِّبَوٰاْۚ [البقرة:275]
(އަދި އެކަމަކު ﷲ تعالى ވަނީ ވިޔަފާރިޔާއި ވިޔަފާރީގެ ފައިދާ حلال ކުރައްވާފައެވެ. އަދި ރިބާ حرام ކުރައްވާފައެވެ.)
އެބަހީ، ދެބައިމީހުން (ފިރިހެނުންނާއި އަންހެނުން) ޝާމިލުވާ ގޮތަށެވެ. “
— اهـ ، މިހިސާބަށް އިބްނު ބާޒް ގެ ބަސްކޮޅު ނިމުނީ.
⬆️އާމްދަނީ ހޯދުމަށް އަންހެނުން މަސައްކަތް ކުރުމުގެ ޙުކުމް
①
☪☪☪☪☪☪
ޖާބިރުގެފާނު ވިދާޅުވިއެވެ:
އަހަރެންގެ މައިފުށު ބޮޑުދައިތަ ކައިވެނި ރޫޅުމަށްފަހު، އެކަމަނާ އަށް ލިބިގެންވާ ކަދުރު ރުއް ތަކުން ކަނދުރު ބިނުމަށް (ނިކުންނާން) ޤަޞްދުކުރިއެވެ. މިހެންކަމުން މީހާކު އެކަމަނާ ގެއިން ނިކުތުމުގެ މައްޗަށް ކުށްވެރިކުރިއެވެ. ދެން އެކަމަނާ ނަބިއްޔު ﷺ އަރިހަށް ވަޑައިގެން އެވަހާކަ ދަންނަވައިފިއެވެ. އެހެންކަމުން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ:
«بَلَى فَجُدِّي نَخْلَكِ فَإِنَّكِ عَسَى أَنْ تَصَدَّقِي أَوْ تَفْعَلِي مَعْرُوفًا» (އެހެންނަކުންނެއް ނޫނެވެ. ފަހެ ކަނބުލޭގެ ގޮސް ކަނބުލޭގެ ކަދުރު ރުއްްތަކުން ކަދުރު ބިންނާށެވެ. ފަހަރެއްގައި އެއިން ތިބާ ޞަދަޤާތެއް ވެސް ކޮށްފާނެއެވެ. ނުވަތަ ˺އެނޫން˹ ހެޔޮކަމެއްވެސް ކޮށްފާނެއެވެ.)
②
އަދި ޝަރުޠެއްވެސް ބެތި އިސްތިޘްނާއެއްވެސް ނެތި އަންހެނާ ބާޒާރުތަކަށް ނިކުމެ އުޅުން ޞައްޙަވެގެން ނުވެއެވެ. އަދި މިއާއި އެކު އޭނާ ހުވަނދުލައިގެން ނިކުމެ އުޅޭނަމަ އޭނާ ފާފަވެރިވެގެން ވެއެވެ. އަދި އޭނާގެ ވަލީ ވެރިޔާގެ މައްޗަށް އެކަން ހުއްޓުވުން ވާޖިބެވެ. ދެންފަހެ [މިއިން އެއްވެސް ކަމަކަށް ނުބަލައި] ފިތުނަވެރިކަމަށް ޤަޞްދުކޮށްގެން ނިކުމެއްޖެނަމަ، މިއީ ޖަރީމާތަކުން އެންމެ ބޮޑު އެއް ޖުރުމެވެ. ބޮޑެތިފާފަތަކުން އެންމެ ބޮޑު އެއް ފާފައެވެ.
[ޝެއިޚު އިތުރަށް ތަފްޞީލެއް ގެންނަވަމުން ވިދާޅުވިއެވެ]
މީހަކު އޭނާގެ ކާރު ގޭގެ ތެރެއަށް ވައްދައި، ދެން އޭނާގެ އަންހެނުން ހުވަނދުލައިގެން ހުރެ އެކާރަށް އަރައި، ގާތްތިމާގެ މީހެއް ގެޔަށް ގޮސްފިނަމަ ، މީގެ ޙުކުމަކީ ކޮބައިހެއްޔެވެ؟
އާއެކެވެ. ފިރިހެން މީހާ ކާރު ގޭގެ ތެރެއަށް ވައްދައި، އަންހެން މީހާ ހުނވަދުލައިގެން ދެން ކާރަށް އަރައި ދެން އޭނާ އެއްގެއިން އަނެއް ގެއަށް، އޭނާގެ ގާތްތިމާގެ މީހެއްގެ ގެ އަށް ، އަދި އެއިން.ބަޔަކު އެކާރަށް އެރުވުން ފަދަ ކަންކަން، ފަހެ މީގެ މާނައީ: އޭނާ މަގުމަތިން [އެހުވަނދުގެ ވަސް ދުވާނޭ] ހިލޭ ފިރިހެނެއް ހުރަސް ނުކަނޑާ ކަމުގައެވެ. ފަހެ މިހިނދުގައި އެކަން ހުއްދަހެއްޔެވެ؟
އާއެކެވެ. އޭނާއަށް އެކަން ހުއްދަ ވެދާނެއެވެ. ނުވަތަ އެކަން މަނައުވުން ވެސް އައިސްދާނެއެވެ. އެހެނީ މިކަމުގައި [ޙުކުމަކަށް ވާޞިލުވާއިރު] އެކަން ތަރުތީބުވުން ވަނީ މަގުމަތިން ކުރިމަތިވެދާނޭ ގޯހަކާއި އަދި އެނޫން ތަފާތު ކަންތައް ތަކެއްގެ މައްޗަށް ބަލައެވެ. ❝
— ⚙️ އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރް އަލްޢަލްވާން (އޯޑިއޯ)
🖋 އަހަރެން ބުނަމެވެ:
އަދި މިބާބުގައިވާ އަނެއް ޙަދީޘަކީ: އަބޫ މޫސާ އަރިހުން އައްތިރުމިޛީ ރިވާކުރެއްވި ޙަދީޘެވެ. ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ:
((كُلُّ عَيْنٍ زَانِيَةٌ وَالْمَرْأَةُ إِذَا اسْتَعْطَرَتْ فَمَرَّتْ بِالْمَجْلِسِ فَهِيَ كَذَا وَكَذَا يَعْنِي زَانِيَةً))
(”ކޮންމެ ލޮލަކީވެސް ޒިނޭ ކުރާ އެއްޗެކެވެ. އަދި އަންހެނަކު ހުވަނދުލައިގެން ބަޔަކުމީހުން ގާތުން ހުރަސް ކުރާނަމަ އެކަނބުލޭގެއަކީ މިވެނި އެވެނިފަދަ މީހެކެވެ. — އެބަހީ ޒިނޭކުރާ މީހެކޭއެވެ.“ — އައްތިރުމިޛީ ވިދާޅުވިއެވެ: މިޙަދީޘު حَسَنٌ صَحِيحٌ އެވެ. ⁽¹⁾
އަދިވެސް މިބާބާއި ގުޅިފައިވާ އެހެން ޙަދީޘަކީ:
(( المَرْأَةُ عَوْرَة فَإِذَا خَرَجَتْ اِسْتَشْرَفَهَا الشَّيْطَان )) .
”އަންހެނާއަކީ އަޢުރައެކެވެ. އެކަނބުލޭގެ ގެއިން ބޭރަށް ނިކުމެއްޖެނަމަ ޝައިޠާނާ ކަޅިއަޅައި ބަލައެވެ.“
އަލްޢަލްވާން (فتاوى هامة ގައި) ވިދާޅުވިއެވެ: ”މިޙަދީޘް ރިވާކުރެއްވީ އައްތިރުމިޛީ އެވެ. އެއީ ޢަބްދު ﷲ ބުނު މަސްޢޫދު ގެ ރިވާޔަތް ތަކުން ޞައްޙަ ސަނަދަކުންނެވެ.“
ــــــــــــــــــــ
[1] މިޙަދީޘާއިމެދު އައްޝެއިޙް ޢަބްދު ﷲ އައްސަޢްދު އާއި ސުވާލުވެވުމުން ވިދާޅުވިއެވެ: ”އައްތިރުމިޛީ އެހެން ވިދާޅުވެއްޖެ ޙަދީޘެއް ގެ އަޞްލަކީ ޞައްޙައެވެ.“ —اهـ. އަދި މުޤްބިލް (الصحيح المسند مما ليس في الصحيحين ނަންބަރު 819 ގައި) ވިދާޅުވިއެވެ: ”މިއީ ޙަސަން ޙަދީޘެކެވެ.“—اهـ. އަދި އަލްޢަދަވީ ވިދާޅުވިއެވެ: ”އޭގެ ސަނަދު ޙަސަން އެވެ. އަދި ޒިނޭގެ މުރާދަކީ ފަރުޖުގެ ޒިނޭ އެއް ނޫނެވެ. އެހެނަސް ލޮލުގެ ޒިނޭ ފަދައެވެ. އަދި ކަންފަތުގެ ޒިނޭ ފަދައެވެ...“—اهـ. އަދި އައްޝެއިޚް އަލްމުޙައްދިޘް އަޙްމަދް ޝިޙާތަތުލް ސިކަންދަރީ (تخريجات رمح السنة ގައި) ވިދާޅުވިއެވެ:
މިއީ ޘާބިތު މެދުކެނޑުމެއްނެތި ގުޅިފައިވާ މަރްފޫޢު ޙަދީޘެކެވެ. އޭގެ ރާވީންނަކީ މުސްލިމް އެކަލޭގެފާނުގެ ޞަޙީޙުގައި ހިމެނުއްވި ޝަރުޠުމަތީގައިވާ ޘިޤާތު ބޭކަލުންނެވެ. އެހެނަސް ޘާބިތު ބުނު ޢުމާރަތަލް ޙަނަފިއްޔު ފިޔަވެއެވެ. އިމާމުން ކުރެ ބައިގަނޑެއް ވަނީ އޭނާ އިތުބާރު ހުރި ކަމަށް ކަނޑައަޅުއްވާފައެވެ. އަދި ޝުޢްބާ އޭނާއަށް ޘަނާ ވިދާޅުވިއެވެ. އަދި (ރާވީންގެ މައްޗަށް) ފާޑުވިދާޅުވުމުގެ އިމާމު، ޔަޙްޔާ ބުނު ސަޢީދުލް ޤައްޠާން އޭނާއަށް ރުއްސަވައި، އޭނާގެ މިޙަދީޘު ރިވާކުރެއްވިއެވެ. އަދި ޤަބޫލު ގެ ދަރަޖައިގައިވާ (ޙަސަން) އެއްޗެއް ގޮތުގައި ބަލައިގެންނެވިއެވެ. އަދި މިޙަދީޘު އައްތިރުމިޛީ ޞައްޙަ ކުރެއްވިއެވެ. އަދި އިބްނު ޚުޒައިމާ އާއި އަލްޙާކިމް ވެސް އެވެ. އަބޫ ޢަބްދު ﷲ އަލްޙާކިމް ވިދާޅުވިއެވެ: ”މިޙަދީޘު ރިވާކުރެއްވީ މުޙައްމަދު ބުނު އިސްޙާޤުއް ޞަޣާނީ ، ﷲ تَعَالَى ގެ މިވަޙީ ބަސްފުޅުގެ ތަފްސީރުގައެވެ: ▶️قُلْ لِلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ◀️ [النُّورُ: ٣٠] އަދި މިޙަދީޘަކީ އެދެބޭކަލުން (އެބަހީ: އަލްބުޚާރީއާއި މުސްލިމް ރިވާ ކުރައްވާފައި ނުވާ) ސަނަދު ޞައްޙަ ޙަދީޘެކެވެ.“ —اهـ.Читать полностью…
5:105
قالَ -عزَّ وجلّ-: { يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ عَلَيْكُمْ أَنفُسَكُمْۖ لَا يَضُرُّكُم مَّن ضَلَّ إِذَا ٱهْتَدَيْتُمْۚ إِلَى ٱللَّهِ مَرْجِعُكُمْ جَمِيعًا فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ }
”އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސު ތައް ރައްކާތެރިކޮށް، އިޞްލާޙު ކުރާށެވެ! ތިޔަބައިމީހުންނަށް ތެދުމަގު ލިބިއްޖެނަމަ، މަގުފުރެދުނު މީހުންގެ ކިބައިން، ތިޔަބައިމީހުންނަށް ގެއްލުމެއް ނުލިބޭހުށްޓެވެ. ތިޔަބައިމީހުން އެންމެން އެނބުރިދިއުންއޮތީ، اللَّه ގެ ޙަޟްރަތަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ ޚަބަރު، ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ.“
މިތާގައި މިވާ ބަސްފުޅު:
لَا يَضُرُّكُم مَّن ضَلَّ إِذَا ٱهْتَدَيْتُمْۚ
”ތިޔަބައިމީހުންނަށް ތެދުމަގު ލިބިއްޖެނަމަ، މަގުފުރެދުނު މީހުންގެ ކިބައިން، ތިޔަބައިމީހުންނަށް ގެއްލުމެއް ނުލިބޭހުށްޓެވެ.“
”އެބަހީ: ތިޔަބައިމީހުން ހެވަށް އަމުރުކޮށް އަދި މުންކަރާތް މަނައު ކޮށް އަދި ﷲ ގެ ޝަރީޢަތް ޤާއިމު ކުރަނީނަމަ، އެހިނދެއްގައި ގެއްލިނެތިވި މީހުންގެ ގެއްލިނެތިވުމުން އަދި މަގުފުރެދުނު މީހުންގެ މަގުފުރެދުމުން ތިޔަބައިމީހުންނަކަށް ގެއްލުމެއް ނުފޯރާނެތެވެ.“ — އަލްޢަލްވާން
~ ގަލަންދާނު
⬆️ ❝ Adhere to reciting this supplication, which the Prophet (peace and blessings be upon him) used to recite:
«اللَّهُمَّ أَحْسِنْ عَاقِبَتَنَا فِي الأُمُورِ كُلِّهَا ، وَأَجِرْنَا مِنْ خِزْيِ الدُّنْيَا وَعَذَابِ الآخِرَةِ»
“O Allah! Grant a good end in all our matters and save us from humiliation of the world and the torment of the Hereafter.”
It's chain is Ḥasan (fair.) ❞
— Fahd Al-Sunīd (text)
~ Galandān 🖋
❌❌ ❞ ޝަޢުބާން މަހުގެ ދެބައިވާ ރޭގައި ރައްބު (ދުނިޔޭގެ އުޑަށް) ފައިބައިވަޑައިގެންނަވާނޭ ކަމާއި، އެރޭގައި ﷲ އަށް ޝަރީކުކޮށްގެން ނެތް ކޮންމެ އަޅެއްގެ ފާފަ ފުއްސަވާނޭ ކަމުގެ ވާހަކަ، ޙަދީޘުތަކަކުން ވާރިދުވެފައި ވެއެވެ. އަދި އެވަޤުތުގައި: ރިޒްޤާއި އަޖަލު ބައްސަވާނޭ ކަމުގައިވެސްމެއެވެ. އަދި މިކަންތަކުގައި ތަފާތުގިނަ ޚަބަރުތައް އައިސްފައިވެއެވެ... އަދި އެހުރިހާ އެއްޗެއްވެސް ޟަޢީފެވެ. އަދި ނަބިއްޔު ﷺ އަރިހުން އެއިން އެކައްޗެއްވެސް ޞައްޙަވެފައި ނުވެއެވެ. ❝
#حديث_ضعيف
— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން (ބަސްކޮޅު)
~ ގަލަންދާނު 🖋
ޝެއިޚް ސުލައިމާން އަލް-ޢަލްވާން އަރިހުން ހަތަރު ރަކުޢަތް ގޮތުގައި ވާރިދުވެފައިވާ ސުންނަތް ނަމާދުތަކާއި މެދު ސުވާލު ވެވުނެވެ. އަދި ޝެއިޚް ވިދާޅުވިއެެވެ:
1️⃣ ދެ އައްތަޙިއްޔާތާއި އަދި އެއް ސަލާމާއިއެކު އެ ކުރެވިދާނެއެވެ. އެއީ މެންދުރު ނަމާދު ފަދައިންނެވެ.
2️⃣ އެއް އައްތަޙިއްޔާތާއި އެއް ސަލާމާއިއެކު އެ ކުރެވިދާނެއެވެ. (އެބަހީ ، ހަތަރު ރަކުޢަތް މެދު އައްތަޙިއްޔާތެއް ނެތި އަދައުކޮށް ސަލާމް ދިނުމެވެ.)
3️⃣ ދެ ސަލާމާއިއެކު އެ ކުރެވިދާނެއެވެ. މާނައީ، ފަހަރަކު ދެ ރަކުޢަތެވެ. އަދި މިއީ އެންމެ މޮޅު އިތުރު ގޮތެވެ.
~ ގަލަންދާނު 🖋
Shaykh Sulaymān Al-ʿAlwān was asked about the Sunnah prayers which are mentioned as four rak’ahs, and he said:
1- It could be prayed with two tashahhud and a single taslīm, like the ẓuhr prayer.
2- It could be prayed with one tashahhud and one taslīm
3- It could be prayed with two taslīms, meaning two rakʿahs at a time, and this is the best.
~ Galandān 🖋
⑤
⚠️ ޖާބިރުގެފާނުގެ ޙަދީޘު، އިތުރު ބަޔާއި އެކު:
އިބްނު ޖުރައިޖު އަރިހުން އަބުއް ޒުބައިރުގެ އަރިހުން، ޖާބިރުގެފާނު އަރިހުން، އެކަލޭގެފާނު ވިދާޅުވިޔޭ: މައްކާ ފަތަޙައިގެ ދުވަހު އަބޫ ޤުޙާފަތުގެފާނާއިގެން ˺މީސްތަކުން˹ އިތުރުއެކަލޭގެފާނުން ގެ ފައިންޕުޅަށް ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ ތުނބުޅިފުޅާއި އިސްތަށިފުޅު ހުރީ ސަހަރާގެ ހިކިވިނަ ފަދައިން ހުދުވެފައެވެ. އެހެންކަމުން ރަސޫލު ﷲ ﷺ ޙަދީޘު ކުރެއްވިޔޭ: «غَيِّرُوا هَذَا بِشَىْءٍ وَاجْتَنِبُوا السَّوَادَ» [މާނައީ: ކޮންމެވެސް އެއްޗަކުން ˺މިނުރަކަށް˹ ފިލުވާށެވެ. އެހެނަސް ކަޅުކުރުމުން ދުރުހެލިވާށެވެ.].
(މިއީ މުސްލިމް މިބާބުގެ ޙަދީޘު 2102a ގެ ދަށުން ގެންނެވި މައުޟޫޢު އަށް ބާރުދޭ ޙަދީޘެކެވެ. ނަންބަރަކީ 2102b އެވެ. މިކަމާއި ބެހޭ ތަފްޞީލު ކުރިޔަށް އަންނަނެއެވެ.)
ފައިދާއެއް: މިޙަދީޘު ވާރިދުވެފައި މިވަނީ އިބްނު ޖުރައިދު އަރިހުން ކަމުގައިވާހިނދު، އެކަކޭގެފާނު ޚުދު އިސްތަށިފުޅު ކަޅުކުރައްވާ ކަމުގައި ވާރިދުވެފައިވެއެވެ. މިއީ މިޙަދީޘުގައި މިވާ އިތުރުބައި ”ކަޅުކުރުމުން ދުރުހެލިވާށޭ“ ބަލިކަށިކަމަށް އިތުރަށް ބާރުދޭ ކަމެކެވެ.
⬆️ ޖާބިރުގެފާނުގެ ޙަދީޘުގެ ޞައްޙަ މިންވަރު
އަބޫ ޚައިޘަމާ އަރިހުން އަބުއް ޒުބައިރުގެ އަރިހުން، ޖާބިރުގެފާނު އަރިހުން، އެކަލޭގެފާނު ވިދާޅުވިޔޭ:
”އަބޫ ޤުޙާފަތުގެފާނު ގެނެވުނީ ނޫނީ ވަޑައިގެންނެވިއޭ ، ފަތަޙައިގެ އަހަރު ނުވަތަ އެދުވަހު، އަދި އެކަލޭގެފާނުގެ ތުނބުޅިފުޅާއި އިސްތަށިފުޅު ހުރީ ސަހަރާގެ ހިކިވިނަ ފަދައިން ނުވަތަ ގޮތަށް ހުދުވެފައެވެ. އެހެންކަމުން އިތުރުއެކަލޭގެފާނުން އަމުރު ކުރެއްވިޔޭ ނުވަތަ (އަބޫ ޤުޙާފަތުގެފާނުގެ ގޯތީގެ) އަންހެންވެރިންނަށް، އެކަލޭގެފާނު ގެންދެވުމުށް އަމުރު ކުރައްވައި، ޙަދީޘު ކުރެއްވިޔޭ:
«غَيِّرُوا هَذَا بِشَىْءٍ» [މާނައީ: ކޮންމެވެސް އެއްޗަކުން ˺މިނުރަކަށް˹ ފިލުވާށެވެ.] — މިހިސާބަށް އިތުރުބަޔާއި ނުލައި.
ބެލުމަށް: މުސްލިމް ގެ ޙަދީޘު 2102a
~ ގަލަންދާނު 🖋
③
✅ނުރަ އިސްތަށި ކަޅު ކުރުމާއިމެދު އައިސްފައިވާ ރިވާޔަތް ތަކާއި އޭގެން ޞައްޙަ އަދި ބަލިކަށި ތަކެއްޗާއިމެދެ ކުރު ތަފްޞީލް
⚠️[މިފަދަ ތަފްޞީލުތަކީ ޢާންމު ކޮންމެ ފަރުދަކަށް މުހިއްމު ތަކެއްޗެއް ނޫނެވެ. ވީމާ މިމައްސަލާގައި ފުދޭ މިންވަރު ކުރިން ގެނެވުނު ދެބައިން ނިމުނީއެވެ.]
☪☪☪☪☪️
ސުވާލު: ﷲ ތިބާއަށް ހެޔޮލައްވާޒިއެވެ. ފަޟީލީލަތުއް ޝެއިޚެވެ. ޖާބިރުގެފާނުގެ ޙަދީޘަށް ބަލާއިރު (އެބަހީ، މުސްލިމް ގައިވާ «غَيِّروا هذا بشيءٍ واجتنبوا السواد» [މާނައީ: ˺ނުރަކަން˹ ކޮންމެެވެސް އެއްޗެއްލައި ފިލުވާށެވެ. އަދި ކަޅުކުރުމުން ދުރުހެލިވާށެވެ.] ، ފަހެ އަޙްމަދާއި އިބްނު ޙިއްބާން ، މުޙައްމަދު ބުނު ސަލަމާގެ ޙަދީޘުތަކުން ހިޝާމު ބުނު ޙައްސާނުގެ އަރިހުން، އިބްނު ސީރީންގެ އަރިހުން އަނަސްގެފާނުގެ އަރިހުން ހަމަ މިޙަދީޘާއި ޙާދިޘާ ރިވާކުރެއްވިއެވެ. އަދި އިތުރަށް އޮތްބައި [[އަދި ކަޅުކުރުމުން ދުރުހެލިވާށޭ]] އޮތީ [ކުރިންބުނި މުސްލިގެ] ރިވާޔަތުގައެވެ. ވީމާ މިސަނަދުން މި ޙަދީޘުގައި ޙާމަނޫން ބަލިކަށިކަމެއް އެކުލެވޭ ހެއްޔެވެ؟
ޖަވާބު:
[މިމައްސަލާގައިވަނީ ދެރިވާޔަތެކެވެ. އެކައްޗަކީ އަނަސްގެފާނުގެ ރިވާޔަތެވެ. އަދި އަނެއްރިވާޔަތަކީ ޖާބިރުގެފާނުގެ ރިވާޔަތެވެ.]
1️⃣[ފުރަތަމަ ކަމަކަށް] ހިޝާމް ބުނު ޙައްސާނުގެ އަރިހުން އިބްނު ސީރީންގެ އަރިހުން އަނަސްގެފާނުގެ އަރިހުން މުސްނަދުގައި ނަބިއްޔު ﷺ އަރިހުން ރިވާވެގެންވާ ޙަދީޘު، އަދި އޭގައި ކަޅުކުލަ ޖެއްސުމަށް ނަހީ އައިސްފައި ވެއެވެ. އަދި އޭގެ ސަނަދުގައިވާ ރާވީންނަކީ ހައްތާވެސް އިތުބާރުގެ ބޭފުޅުން ތެރޭ ހިމެނިލައްވާ އަދި ޙުއްފާޡު (ޙަދީޘު ޢިލްމުގެ) ބޭފުޅުންނެވެ. މިއާއި އެކުވެސް އެއީ ހާމަނޫން ބަލިކަށި (މަޢުލޫލް) ޙަދީޘެކެވެ.
އަދި ދެޞަޙީޙުގައި ˺އަނަސްގެފާނުގެ˹ މިޙަދީޘު [އެނޫން މަގުތަކުގެ އިތުރުން] ހިޝާމުގެ މަގުން އިބްނު ސީރީންގެ އަރިހުން އައިސްފައި ވެއެވެ. އެހެނަސް އޭގައި އެއިން އެއްވެސް ބޭކަލެއް ކަޅުކުލަ ޖެއްސުން ނަހީ ވުމުގެ ވާހަކައެއް ޛިކުރު ކުރައްވާފައި ނުވެއެވެ.
[⭐️ މިޙަދީޘުގެ ސަނަދުގެ މަގުތަކުގެ ޗާޓު ބަލައިލުމަށް ]
ވީމާ އަނަސްގެފާނުގެ މިޙަދީޘުގައި (އަޙްމަދުގެ ރިވާޔަތުގައި) މިވާ އިތުރުބަޔަކީ، ޝާޛަތު (ޢާންމު އަދި އިތުބާރު ހުރި ރިވާޔަތްތަކާއި ޚިލާފަށް ބީރައްޓެހިކަމެއް އޮތުމުގެ ސަބަބުން ބަލިކަށި) ރިވާޔަތެކެވެ. އަދި މިއިތުރުވީ ބަޔަކީ ހިޝާމު ބުނު ޙައްސާންގެ ކުށަކުން ކަމަށް ވެދާނެއެވެ. އަދި ޙަޤީޤަތް މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އަދި އެއީ ހިޝާމަށްފަހު ސަނަދުގައި ތިބި ފަރާތްތަކުން ފަރާތެއް ކަމަށްވެސް ވެދާނެއެވެ. އެހެނަސް އަހަރެންނަށް ބޮޑަށް ސާފުވަނީ އެއީ ހިޝާމު ކަމުގައެވެ.
2️⃣ ދެންފަހެ [ދެވަނަކަމަކަށް] ޖާބިރުގެފާނުގެ ޙަދީޘުގައިވާ އިތުރުބައި (وجنبوه السواد) [ކަޅުކުރުމުން ދުރުހެލިވާށޭ] ފަހެ ޖާބިރުގެފާނުގެ މިޙަދީޘުގެ ސަނަދު ދައުރުވަނީ ޖާބިރުގެފާނު އަރިހުން ރިވާކުރި "އަބުއް ޒުބައިރު މުޙައްމަދު ބުނު މުސްލިމް އަލްމައްކީ" އަށެވެ.
ދެން މި މުޙައްމަދު ބުނު މުސްލިމް ގެ އަރިހުން ޖަމާޢަތެއް މިޙަދީޘު ރިވާކުރެއްވިއެވެ. އޭގެ ތެރޭގައި އަބޫ ޚައިޘަމާ ޒުހައިރު ބުނު މުޢާވިޔާ ހިމެނިލައްވައެވެ. މިއީ ޙަދީޘު ޙުއްފާޡުންތެރެއިން ބޮޑުންގެ ތެރެއިން ބޭކަލެކެވެ. އަދި މިކަލޭގެފާނު ވިދާޅުވިއެވެ:
”އަހަރެން އަބުއް ޒުބައިރު ގާތު ސުވާލު ކުރީމެވެ. ”ކަޅުކުރުމުން ދުރިހެލިވާށޭ“ ޙަދީޘުގައި އޮތް ތޯއެވެ؟ [އަބުއް ޒުބައިރު] ވިދާޅުވިއެވެ: ”ނޫނެކެވެ.“ —ޙަދީޘުގައި (وجنبوه السواد) އޭ ނުވެއެވެ.
ވީމާ — މިޙަދީޘު ގެ ރާވީންތައް ދައުރުވާ މިޙަދީޘުގެ ނާރެސް [އެބޭފުޅެއް ކިބައިން މިޙަދީޘު އެވެރިން ނަޤުލުކުރި] — އަބުއް ޒުބައިރު، މިޙަދީޘުގައި (وجنبوه السواد) ހިމެނޭ ކަމާއިމެދު އިންކާރުކުރެއްވިއެވެ.
އެހެންކަމުން މި އިތުރު ބަޔަކީ މުދްރަޖާ ބައެއް ކަން މިއިން ދަލީލުކޮށް ދެއެވެ. (އެބަހީ: ރާވީއެއް ރިވާކުރައްވަމުން ވިދާޅުވެލެއްވި އަމިއްލަ ރައުޔެއް ޙަދީޘުގެ ދެލިގަނޑަށް ވަދެފައި އޮތުމެވެ.) އަދި އެއީ ނަބިއްޔު ﷺ ގެ ކަލާމު ފުޅުން އައިސްފައިވާ އެއްޗެއް ނޫން ކަމަށް ، އަދި ޖާބިރުގެފާނާއި ޚުދު އަބުއް ޒުބައިރުގެ ބަސްފުޅުން އެއްވެފައިވާ އެއްޗެއް ނޫން ކަމަށް މިއިން ދަލީލު ކޮށްދެއެވެ. އަދި އެއީ އަބުއް ޒުބައިރަށްފަހު އެކަލޭގެފާނުގެ އަތްޕުޅުން އެޙަދީޘު ނެގުމަށްފަހު އައި ރާވީން ތެރެއިން މީހެއް ފުށުން އިތުރުވެފައިވާ ބައެކެވެ.
[⭐️ މިޙަދީޘުގެ ސަނަދުގެ މަގުތަކުގެ ޗާޓު ބަލައިލުމަށް ]
އަދި މި އިތުރުކުރުމާއި މެދު އަބުއް ޒުބައިރު އަރިހުން އަބޫ ޚައިޘަމާ ޒުހައިރު ބުނު މުޢާވިޔާ ކުރެއްވި މި ސުވާލު، މުސްނަދުގައި ޞައްޙަ ސަނަދާއިއެކު ދެލިކުރެވިފައިވެއެވެ. ❝
~ އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން (އޯޑިއޯ)
— ގަލަންދާނު 🖋
📌ނުރައިސްތަށި ކަޅުކުރުމުގެ ޙުކުމާއި އެމައްސަލާގައި ރިވާވެފައިވާ ޙަދީޘު ތަކުގެ ޚުލާޞާ އަދި އެކަމުގައި ނަހީ އަންނަ ޙާލަތާއި އޭގެ ޙިކުމަތް
①
☪☪☪☪☪☪
ފިރިހެނުން އެވެރިންގެ ބޮލާއި ތުނބުޅީގައި ˺ކަޅު˹ ކުލަ ޖެއްސުމާއިމެދު ޝެއިޚް ސުލައިމާން އަލްޢަލްވާން އާއި ސުވާލުދެންނެވުނެވެ. އެހެންކަމުން ވިދާޅުވިއެވެ:
1️⃣ އޭނާ ކައިވެންޏަށް އެއްބަސްވާން އުޅޭ އަންހެނަކަށް އޮޅުވާލުމަށްޓަކައި ކުލަޖެއްސުމާއި މެދު ދަންނައެ، މިއީ އިޖުމާޢުއިން ޙަރާމް ކަމެކެވެ.
2️⃣ ހަނގުރާމައިގެ ތެރޭ ކާފަރުންނަށް ބިރުދެއްކުމަށްޓަކައި ނަމަ، ފަހެ މިއީ އިޖުމާޢު އިން ހުއްދަ ކަމެކެވެ.
3️⃣ އަދި އިހުބުނި ދެކަމުންވެސް ކަމެއްގައި ނޫން ނަމަ، ދެންފަހެ މީގައި ތަފާތު ޤަޥްލުތަކެއް ވެއެވެ:
⬆️ފުރަތަމައީ: ޙަރާމް ކަމުގައެވެ. އެއީ އިތުރުއެކަލޭގެފާނުން ގެ ބަސްފުޅު (وجنبوه السواد) [މާނައީ: ކަޅުކުރުމުން ދުރުހެލިވާށޭ] — މީގެ މައްޗަށެވެ. އަދި މިއީ އައްޝާފިޢީގެ ރައުޔެވެ.
⬆️ދެވަނައީ: އެކަން މަކްރޫހަ ކަމުގައެވެ. އަދި މިއީ އަޙްމަދުގެ ޤަޥްލެވެ.
⬆️ތިންވަނައީ: އެކަން ހުއްދަކަމުގައެވެ. މިއީ ޢުޘްމާން ބުނު ޢައްފާންގެ ޤަޥްލެވެ. އަދި އަލްޙަސަން އާއި އަލްޙުސައިން އާއި މާލިކުގެ ވެސް ޤަޥްލެވެ.
އަދި ˺މިބާބުގައި˹ އެންމެ ޢަދުލުވެރި ބަސްފުޅެއް ވިދާޅުވީ މާލިކެވެ: ”އަހަރެން އެޔެއް ޙަރާމް ނުކުރަމެވެ. އަދި އަހަރެން އެއަށްވުރެ އެނޫން އެއްޗެއް އަހަރެންނަށް ލޮބުވެއްޗެވެ. ❝
~ އައްޝެއިޚް ސުލައިމާން އަލްޢަލްވާން ގެ ބަސްކޮޅު މިހިސާބަށް. ނިމުނީ.
✅✅✅✅✅
📝 އަހަރެން ބުނަމެވެ:
ޙަސަނުގެފާނާއި ޙުސެއިންގެފާނުގެ އިތުރުން ސަޢުދު ބުނުލް ވައްޤާޞް އާއި ޢުޤްބަތު ބުން ޢާމިރާއި އަބޫ ހުރައިރާ ގެ އިތުރުން ތާބިޢީންގެ ބައިގަނޑެއް ފުށުންވެސް އެބޭކަލުން ނުރައިސްތަށި ކަޅުކުރެއްވި ކަމުގައި ވާރިދުވެފައި ވެއެވެ.
މިބާބުގައި ވާރިދުވެފައިވާ ޙަދީޘު ތަކުގައި އެކުކެވިފައިވާ ބަސްކޮޅު «وجنبوه السواد» [އަދި ކަޅުކުރުމުން ދުރުހެލިވާށޭ] އޮތް ބަސްކޮޅާއި މެދު ޢިލްމުވެރިން ޚިލާފުވެލެއްވިއެވެ. އަދި އެއީ ރާވީއެއްްގެ އިތުރު ކުރެއްވުމެއް ކަމުގައި އަދި ޙަދީޘުގެ ބަޔެއް ނޫން ކަމުގައި އޭގެން ޖަމާޢަތެއް ވިދާޅުވިއެވެ.
އެގޮތުން މިބާބުގައި ކަޅުކުރުން ނަހީކުރައްވައި އޮތް ބަސްކޮޅު ޟަޢީފު ކުރެއްވި ފަހުގެ މުޙައްދިޘުންގެ ތެރޭގައި، ސުލައިމާން އަލްޢަލްވާން (އޯޑިއޯ) އާއި މުޞްޠަފާ އަލްޢަދަވީ (ވީޑިއޯ) އާއި އައްޠަރީފީ (ބަސްކޮޅު) އާއި ޚާލިދުލް ފުލައިޖް (ވީޑިއޯ) އާއި އަބޫ ޢަލީ އަލްޙަސަނީ (އޯޑިއޯ) އާއި ފަހްދުއް ސުނީދު (ބަސްކޮޅު) ހިމެނިލައްވައެވެ.
[އަހަރެމެން މިރިވާޔަތްތަކުގެ މައްޗަށް ތަފްޞީލެއް ފަހުން ގެންނާނަމެވެ. ]
~ ގަލަންދާނު 🖋
⁉️ ކާކުކަން ދެނެގަތުމުގެ ގޮތުން މިވެނި މީހަކީ އަވަރު މީހެކޭ ނުވަތަ މިވެނި މީހަކީ ކޮރު މީހެކޭ ބުނުމުގެ ޙުކުމް
❞ މިއީ (التعريف) ދެނެގަތުމުގެ ބާބުގެ ދަށުން ވާކަމެކެވެ. އަދި (السخرية) މަލާމަތް ކުރުމުގެ ބާބުގެ ދަށުންވާ އެއްޗެއް ނޫނެވެ.
ބަދުބަހެއް ބުނުން 6 ޙާލަތެއްގައި ޣީބައަށް ނުވެއެވެ.
1️⃣ متظلم (ބޭއިންސާފުވެވިފައިވާ) މީހާ އާއި،
2️⃣ދަނެގަތުމުގައި އާއި،
3️⃣އިންޒާރު ކުރުވުމުގެ ގޮތުންނާއި،
4️⃣ފާސިޤު ޢަމަލު ފާޅުކޮށް ކުރާ މީހާ މެދުގައި އާއި،
5️⃣ފަތުވާ އަކަށްޓަކައި އެދި އަހާއިރުގައި އާއި،
1️⃣މުންކަރާތެއް ހުއްޓުވުމަށް އެހީއަށް އެދުމުގައި އެވެ.
ލޯކޮށި މީހެކޭ، ކޮރު މީހެކޭ، އަވަރު މީހެކޭ ބުނޭވޭ ބުނެވުމީ، ޛުލް ޔަދައިން (ދެއަތުގެ ވެރިޔާއޭ ނަން ދެވިފައިވާ ޞަޙާބީ) ގެ ޙަދީޘުގައިވާ ފަދައިންނެވެ.⁽¹⁾ އަދި އެއީ އަބޫ ސުފްޔާންގެ އަނބިކަނބަލުން ˺އިތުރުއެކަލޭގެފާނުންގެ އަރިހުގައި˹ ދެންނެވި ފަދައިންނެވެ: ”އަބޫ ސުފްޔާނަކީ ބަޚީކު މީހެކެވެ.“ އަދި މިނޫންވެސް އެހެން ދަލީލުތަކުން އެކަންއޮތީ ތަޢާރަފު ކުރުމުގެ ގޮތުގެ މައްޗަށް އަދި މަލާމާތްކުރުމާއި ޢައިބު އިއްވުމާއި މިފަދަ ގޮތް ނޫން ގޮތުގެ މައްޗަށެވެ. ❝
— ޝެއިޚް ސުލައިމާން އަލްޢަލްވާން (ބަސްކޮޅު)
~ ގަލަންދާނު 🖋
ــــــــــــــــــــ
[1] އަލްބުޚާރީ (482)
📝 ނޯޓް: އިތުރުފައިދާއަށް: ”މީސްތަކުން ޣީބަ ބުނެއުޅޭ ބައެއް ގޮތްތައް…“
ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ، (އިންފޮގްރެފިކް) (ލިޔުން)
✨ހެޔޮ އަޚްލާޤަކީ ދަޢުވަތާއި ސުންނަތުގެ ރާސްތާއެވެ. އެހެނަސް އެއީ ޙައްޤު ދެނެގަތުމުގެ ވަޒަނެއް ކަމުގައި ނުވެއެވެ.
❞ ބަސްބުނުމުގެ އަޚްލާޤިއްޔަތަކީ ˺އޭނާ ބަޔާން ކުރާ˹ ފިކުރިއްޔާތުގެ ސަލާމަތް ތެރިކަން މިނެކިރާ ވަޒަނެއް ނޫނެވެ. މީހެއްގެ ބަސްމަގުގައި މަޑުމޮޅިކަމެއް ނެތި، ބަހުރުވަޔާއި އިބާރާތުގައި ގަދަބަދަވިކަން ހުރެ ، ޚުލްޤުހެޔޮކަން ކުޑަވެ، އެޔާއި އެކުވެސް އެކަމެއްގެ ރަނގަޅު ބުނުން އޮތީ އޭނާގެ ފުށުގައި ކަމަށް ވެދާނެއެވެ. އޭނާގެ ގޮތްކުޑަ ކަމީ އޭނާގެ ޤަޥްލު ޤަބޫލު ކުރުމަށް އޮތް ހުރަހަކަށް ހަދައިގެން ނުވާނެއެވެ. މިގޮތުން މީހެއްގެ ޚުލްޤު ހެޔޮވެފައި ޠަބީއަތް ނަލަ ވެފައި އަދަބުވެރިކަމުގައި އަރައިހުރެމެ، އޭނާގެ ޤަޥްލު ޙައްޤާއި ޚިލާފުކަމަށް ވެސް ވެދެއެވެ. މީހެއްގެ ޤަޥްލުގެ ޞައްޙަކަން ކަނޑައެޅުމަށް ދަލީލެއް ކަމުގައި ޚުލްޤުހެޔޮކަން އަހަރެމެން ކަނޑަޅައިގެން ނުވާނެއެވެ.
އެހެނަސް ނަސްމަގުގައި ޚުލްޤުހެޔޮކަމާއި އަދަބުވެރިކަން އޮތުމީ ޢާންމުގޮތެއްގައި ބަސް ޤަބޫލު ކުޅައުމަށް މަގުފަހިކޮށްދޭކަމެވެ. އަދި ޚަސީލަތް ގޯސް ވުމާއި، ޢިބާރާތުގައި ހިތްހަރު ކަމާއި އަޑުލުމީ ބަސް ޤަބޫލު ނުކުޅައުމަށް މަގުފަހިކުރުވާ ކަމެކެވެ. އަރަހުށި އިލާހު ވަޙީ ކުރެއްވިއެވެ:
▶️وَقُولُوا لِلنَّاسِ حُسْنًا◀️ (البقرة 83) [މާނައީ: އަދި ތިޔަބައިމީހުން މީސްތަކުންނަށް ˺އޯގާތެރި˹ ހެޔޮބަސްބުނާށެވެ!] ⁽¹⁾ އަދި މިއީ ނަބިއްޔު ﷺ ގެ ޚުލްޤުފުޅެވެ. އަދި އެކަލޭގެފާނު ދެއްކެވިމަގުން ހިދާޔަތް ލިބިގަތް މީހުންގެ ވެސް ޚުލްޤެވެ. ❝
— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން (ބަސްކޮޅު)
~ ގަލަންދާނު 🖋
ـــــــــــــــــ
[1] އިބްނު ކަޘީރު އޭގެ ތަފްސީރުގައި ވިދާޅުވިއެވެ:
އެބަހީ އެއުރެންނަށް ހެޔޮ ރިވެތި ބަހުން ވާހަކަދައްކައި އުޅޭށޭ އެވެ. އަދި އެވެރިންނަށް މަޑުމޮޅިވުމެވެ. އަދި ހެޔޮބަސް ބުނުމުގެ ތެރޭގައި ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީ ކުރުންވެސް ޝާމިލުވެއެވެ. އެއީ ޙަސަނުލް ބަޞްރީ ވިދާޅުވިފަދައިންނެވެ: [މިއާޔަތުގައިވާ] ”ހެޔޮ ބަހަކީ“ ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތްތައް ނަހީ ކުރުމެވެ. އަދި ކެތްތެރިވެ ޙިލްމުވެރިކަމާއި ޢަފޫ ކުރުމާއި މަޢާފުވެރި ވުމެވެ. އަދި އޭގެ ތެރޭގައި ﷲ ރުއްސަވާ ވޮޑިގެންވާ އެންމެހާ ހެޔޮ ޚުލްޤެއްވެސް ޝާމިލުވެއެވެ.“ Читать полностью…
އަދި އަބޫ ޛައްރުގެ އަރިހުން އިމާމް އަޙްމަދު ރިވާކުރެއްވިޔޭ، ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ:
«لَا تَحْقِرَنَّ مِنَ الْمَعْرُوفِ شَيْئًا وَإِنْ لَمْ تَجِدْ فَالْقَ أَخَاكَ بِوَجْهٍ مُنْطَلِق»
މާނައީ، ”ހެޔޮކަމުގެ ތެރެއިން އެއްވެސް ކަމެއް ކުޑަކަމެއް ކަމުގައި ނުދެކޭށެވެ. އަދި ތިބާގެ އަޚާ އާއި ދިމާވާހިނދު އުޖާލާ މޫނެއް ދައްކާލުން ނޫން ކަމެއް ނެތަސް، އެކަން ވެސް ކުރާށެވެ.“
އަދި މިޙަދީޘު ˺ލަފްޛުގެ ކުޑަ ތަފާތަކާއިއެކީ˹ މުސްލިމް އެކަލޭގެފާނުގެ ޞަޙީޙުގައި އަދި އައްތިރުމިޛީ ވެސް ރިވާކުރައްވައި ޞައްޙަ ކުރެއްވިއެވެ.
ހެޔޮބަސް ބުނުމަށް ﷲ އަޅުތަކުންނަށް މިއާޔަތުގައި އެންގެވީ އޭގެ އިހަށް އިޙްސާންތެރި ވުމުގެ ވާހަކަ އަންގަވާފައެވެ. އެގޮތުން، ހެޔޮ ޚުލްޤުގެ ދެބައި ޛިކުރު ކުރެއްވިއެވެ: އެއީ ހެޔޮ ބަސްމަގާއި، ހެޔޮ ޢަމަލެެވެ.“ — اهـ.
❌ Ruling on Imposing on people without an invitation
❝ A brother asked about the ruling on attending weddings without an invitation, and also about a woman attending a wedding uninvited.
If the person knows the wedding hosts approve, their attendance is permissible, though not recommended. However, if he is unsure of their approval, his attendance is prohibited. Such a person is considered “al-ṭufaylī”, as the jurists state.
Moreover, Ḥanbalī jurists, as stated in “Al-Mughnī”, rejected the testimony of someone who attends gatherings uninvited. Imām Ibn Qudāmah (may Allah have mercy on him) adopted this opinion, considering it reprehensible ṭufaylī behavior, because such a person consumes others' food without invitation, violates their rights, and enters their homes without permission.
So he mentions the tufayliyyūn who's testimony is rejected, and this view is the dominant position in the school of Imām Aḥmad.
Therefore, one must be warned from going to the homes of people without an invitation whilst not knowing that they'll be pleased with that.
Likewise, a woman is not to be given allowance to go to weddings without an invitation whilst they are not pleased with that, these people are al-ṭufayliyyūn, and in the school of Imām Aḥmad, their testimony is rejected. ❞
~ Shaykh Sulaymān Al-ʿAlwān (audio)
— Galandān 🖋
④
🖋 އަހަރެން ބުނަމެވެ:
މުދަލެއް އޮތް އަދި ތަސައްރުފު ފުދި ބޮޑުވެފައިވާ އަންހެނާ، މީހަކާއި ނީދެ ހުރެއްޖެނަމަ މުދަލުގެ މިލްކުވެރިކަމާއި ގަނެވިއްކުމާއި އެއިން ހޭދަކުރުމުގައި އޭނާއަށް އޮތް ޙައްޤުގެ މިންވަރަކީ ފިރިހަނަކާއި އެއްފަދައެވެ.
އިމާމް މާލިކު ވިދާޅުވިއެވެ: ”އެކަނބުލޭގެ ފިރިއެއް ނުވާ ނަމަ، އެކަންތައް އެކަނބުލޭގެއަށް ފިރިހެނަކާއި އެއް ހަމައެއްގައި ޖާއިޒެވެ.“ (المدونة : ١٢٥/٤ )
އަދި މިމައްސަލައަކީ ޢިލްމުވެރިން އިޖުމާޢު ވެލައްވާފައިވާ ކަމެކެވެ.
އިބްނު ޙަޒަމް مراتب الإجماع (٨٤) ގައި ވިޔަފާރީގެ ކުރުމުގެ މައްޗަށް ހުރި އިޖުމާޢުތައް ނަޤުލުކުރައްވައި ދެން ވިދާޅުވިއެވެ: ”އަދި ޢިލްމިވެރިން އިއްތިފާގު ވެލެއްވިޔޭ މިނިވަން، ބުއްދިހުރި އަދި ބާލިޣުވެފައިވާ އަންހެނާ، އަހަރެމެން ޛިކުރު ކުރި އެންމެހާ ކަމެއްގައި ފިރިހެނަކާއި އެއްފަދައޭ އެވެ.“
އަދި އަޅުއަންހެނެއް ނޫން، ކައިވެނިކޮށްގެން ހުރި ވިސްނުހެޔޮ އަންހެނާ، ބާލިޣުވެ ބުއްދިވެރިކަން ހުރެ އަދި ޢާންމުގޮތެއްގައި ވިޔަފާރީގައި މީހުންގެ މަކަރުތަކުން ސަލާމަތްވެ ހުންނަ މީހެއްނަމަ، އަނބުރަާ އެއްޗެއް ލިބޭ ޒާތުގެ ހޭދަތައް (ވިޔަފާރި، އެއީ ކުއްޔަށް އެއްޗެއް ދިނުން ވިޔަސް އިންވެސްޓެއް ކުރުންވިޔަސް) އޭނާގެ މުދަލުން އެކަންތައް ކުރުމަށް ˺އަސާސީގޮތެއްގައި˹ ހުރަސް އެޅޭނޭ ޙައްޤެއް އޭނާގެ ފިރިމީހާއަށް ނެތުމާއި މެދު ޢިލްމުވެރިން ތެރޭ ޚިލާފެއް ނުވެއެވެ. އެއީ އެއްޗެއް ވިއްކުން ނޫނީ ކުއްޔަށް ދިނުން ފަދަ އަނބުރަާ އެއްޗެއް ލިބޭ ޒާތުގެ ހޭދަތަކެވެ. (މިގައި ދެބަސްވުމެއް ނެތެވެ.)
އަދި އިބްނު ޙަޒަމް މިވާހަކަ مراتب الإجماع (٨٤) ގައި ނަކުލު ކުރެއްވިއެވެ.
އަދި އިމާމް މާލިކު އަރިހުން މިމައްސަލާގައި ސުވާލުވެވުމުން ވިދާޅުވިއެވެ: ”އޭނާގެ ހުރިހާ މުދަލަކުން ގަނެވިއްކުން އޭނާއަށް ހުއްދައެވެ. އެއީ އޭނާގެ ފިރިމީހާ އެކަމަށް (އެބަހީ: އެތަކެތި އެގޮތުގައި ހޭދަދަކުރުމަށް) ނުރުހުނަސް އެވެ.“ (المدونة: ١٢٣/٤)
ޝާފިޢީގެފާނު ވިދާޅުވިއެވެ: ”އަންހެނާ އަކީ ބާލިޣުވެ ވިސްނުންހަމަ މީހެއް ނަމަ، ބިކުރެއްވިޔަސް މިހަކާ އިނދެފައި ހުރި މީހެއް ވިޔަސް (އަމިއްކަ މުދަލުން) ވިއްކައިވިޔަފާރި ކުރުމާއި ރަހުނު ދިނުން އެކަނބުލޭގެއަށް ހުއްދައެވެ. އޭނާގެ ފިރިއެއް ވާނަމަ، އޭނާގެ ފިރިމީހާގެ ހުއްދަޔާއި ނުލައިވެސް ވިއްކުމާއި ރަހުނުދިނުން އޭނާއަށް ހުއްދަވެގެން ވެއެވެ.“ (الأم: ١٥٣/٣ )
އެހެނަސް އޭނާގެ އަމިއްލަ މުދަލުން އޭނާ ކުރާ ހޭދަޔަކީ މާލީ ބަދަލެއް ނާންނާ ފަދަ ހޭދަޔެއް ނަމަ، މިޘާލަކަށް ޑޮނޭޝަނެއް ނޫނީ ހިބަޔެއް ނޫނީ ހަދިޔަލެއް ޒާތު ކަމެއް ނަމަ، ފިޤުހުވެރިން މިކަމުގައި ޚިލާފުވިއެވެ.
އަދި ޖުމްހޫރުންގެ ޤަޥްލަކީ އަންހެނާގެ އަތްމަތީ އެކަމުގެ ޙައްޤު އޮތްކަމެވެ.
📌ފައިދާއެއް: ދެމަފިރިން އެކީގައި ވިޔަފާރީގައި ޝާމިލުވުން
އިބްނު ބާޒު ވިދާޅުވިއެވެ: ”ދެންފަހެ ފިރިމީހާ އާއި އަނބިމީހާ އެކުއެކީގައި މަސައްކަތް ކުރުން، އެއީ ދަނޑުމަތީގައި ނޫނީ ފެކްޓަރީގައި ނޫނީ ގޭގައި، ފަހެ މިކަމުގައި ގޯހެއް ނެތެވެ. ހަމައެފަދައިން ހިލޭމީހެއް ނެތްތާގައި އޭނާގެ މަޙުރަމުންނާއި އެކީގައި މަސައްކަތު އުޅުންވެސް މެއެވެ. ހަމައެފަދައިން އެހެން އަންހެނުންނާއި އެކުގައިވެސް އޭނާއަށް މަސައްކަތް ކުރެވިދާނެއެވެ. އޭނާއަށް ޙަރާމް ވެގެންވަނީ މަޙުރަމުން ނޫން ފިރިހެނުންނާއި އެކުގައި މަސައްކަތް ކުރުމެވެ.“
~ ގަލަންދާނު 🖋
②
❓ އަންހެނުން ވިޔަފާރިކޮށް އުޅުމުގެ އަސާސީ ޙުކުމް
އިބްނު ބާޒާއި ސުވާލުވެވުނެވެ: އަންހެނުން މަސައްކަތް ކޮށް ނޫނީ ވިޔަފާރިކުރުން އިސްލާމްދީން މަނައު ކުރޭ ހެއްޔެވެ؟
ޖަބާވު: އަންހެނުން (އާމްދަނީ ހޯދުމަށް) މަސައްކަތް ކުރުންވެސް ނޫނީ ވިޔަފާރިކުރުންވެސް އިސްލާމް ދީން މަނައު ނުކުރެއެވެ. އެހެނީ ﷲ جل وعلا ވަނީ އަޅުތަކުންނަށް (އާމްދަނީ ހޯދުމަށް) މަސައްކަތް ކުރުން ޝަރުޢު ކުރައްވައި އެކަމަކަށް އަމުރުކުރައްވާފައެވެ. ވަޙީ ކުރެއްވިއެވެ:
وَقُلِ ٱعۡمَلُواْ فَسَيَرَى ٱللَّهُ عَمَلَكُمۡ وَرَسُولُهُۥ وَٱلۡمُؤۡمِنُونَۖ [التوبة:105]
((އަދި އޭ رسول ﷲ އެވެ!) ކަލޭގެފާނުން ވިދާޅުވާށެވެ! ކަލޭމެން عمل ކުރާށެވެ! ނިކަންހުރެ ﷲ ކަލޭމެންގެ عمل ދެކެވޮޑިގަންނަވާނެއެވެ. އަދި އެކަލާނގެ رسول އާވެސް ދެކެވަޑައިގަންނަވާނެއެވެ. އަދި مؤمن ންވެސް ދެކޭނެއެވެ.)
އަދިވެސް ވަޙީ ކުރެއްވިއެވެ :
لِيَبۡلُوَكُمۡ أَيُّكُمۡ أَحۡسَنُ عَمَلٗاۚ [الملك:2]
(އެއީ ތިޔަބައިމީހުން އިމްތިޙާނު ކުރުވައި ތިޔަބައި މީހުންކުރެ ޢަމަލު ކުރުމުގައި އެންމެ ރަނގަޅީ ކާކަން އެކަލާނގެ ދެނެވޮޑިގެންވާކަން ހާމަކުރެއްވުމަށެވެ.)
އަދި މިއަމުރުތަކީ ޢާންމުކޮށް އެންމެންނަށް، ފިރިހެނުންނާއި އަންހެނުނަށް ވާ އެއްޗެކެވެ. އަދި އެއިލާހު ވިޔަފާރި އެންމެންނަށް ޝަރުޢު ކުރެއްވިއެވެ. (އެބަހީ ޝަރީޢަތުގައި ހުއްދަ ކުރެއްވިއެވެ.)
އެހެންކަމުން އިންސާނާއަށް އެއީ ފިރިހެނަކަސް އަންހެނަކަސް ވަނީ ވިޔަފާރިކޮށް ގަނެވިއްކައި (އާމްދަނީ ހޯދުމަށް) މަސައްކަތް ކުރުމަށް އަމުރުވެވިފައެވެ.
ﷲ تعالى ވަޙީ ކުރެއްވިއެވެ:
يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَأۡكُلُوٓاْ أَمۡوَٰلَكُم بَيۡنَكُم بِٱلۡبَٰطِلِ إِلَّآ أَن تَكُونَ تِجَٰرَةً عَن تَرَاضٖ مِّنكُمۡۚ [النساء:29]
(އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންގެމުދާ ކަލޭމެންގެ ދެމެދު بَاطِل ގޮތުގައި ނުކާށެވެ! ބޭނުން ނުކުރާށެވެ! ވިޔަފާރީގެގޮތުގައި ދެފަރާތުގެ ދެމެދު ރުހެވިގެންވާ حال ގައިމެނުވީ އެކަކުގެ މުދައު އަނެކަކު ބޭނުންކޮށް ނުހަދާށެވެ!)
މީގައި މިވަނީ އެންމެންނަށް، ފިރިހެނުންނާއި އަންހެނުންނަށް ޢާންމުގޮތެއްގައެވެ.
③
އަދި އައްޝެއިޚް އަލްޢައްލާމާ ބަކްރު އަބޫ ޒައިދު حراسة الفضيلة (صـ26) ގައި ވިދާޅުވިއެވެ:
❞ ﷲ ﷻ ވަޙީ: ▶️وَقَرۡنَ فِي بُيُوتِكُنَّ◀️ (އަދި ތިޔަކަނބަލުން ތިޔަކަނބަލުންގެ ގެކޮޅުތަކުގައި قرار ވެތިއްބަވާށެވެ!) — ފަހެ މިއީ އެކަނބަލުންގެ ގެތަކުން ހިލޭ ފިރިހެނުން ފުށުން ނިވާވެގެން ތިބުމަށެވެ. އަދި މިއަމުރަކީ ﷲ ﷻ މުއުމިނުތަކުންގެ މަންމައިންނަށް ކުރެއްވި އަމުރެކެވެ. އަދި މުއުމިނުތަކުންގެ އަންހެނުން އެބޭބޭކަނބަލުންނަށް މި ޝަރުޢުގައި ތަބަޢަވެގެން ވެއެވެ. އެއީ ގެތަކުގައި ލާޒިމުވެ ތިބުމަށެވެ. އަދި އެތަނުގައި ހަމަޖެހި އަރާމުކޮށް ޤަރާރުވެ ތިބުމަށެވެ. އެހެނީ މިއީ އެކަނބަލުންގެ ޙަޔާތުގެ ވަޒީފާގެ މަރުކަޒެވެ. އަދި ޟަރޫރަތަކަށް ނޫނީ ޙާޖަތަކަށްޓަކައި ނޫނީ އެއިން ނުނިކުތުމެވެ.
އަދި ޢަބްދު ﷲ ބުނު މަސްޢޫދު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ: ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިޔެވެ: «المرأة عورة، فإذا خرجت استشرفها الشيطان وأقرب ما تكون من رَحْمَةِ الله وهي في قعر بيتها» ”އަންހެނާއަކީ އަޢުރައެކެވެ. އެކަނބުލޭގެ ގެއިން ބޭރަށް ނިކުމެއްޖެނަމަ ޝައިޠާނާ ކަޅިއަޅައި ބަލައެވެ. އަދި އެކަނބުލޭގެ ﷲ ގެ ރަޙުމަތާއި އެންމެ ގާތުގައި ވަނީ ގޭގެ އެންމެ އެތެރޭގައެވެ.“ —ރިވާކުރެއްވީ އައްތިރުމިޛީ އާއި އިބްނު ޙިއްބާނެވެ.
އަލްޤަރާފީ އަންހެނާ އަކީ "ޢަޥްރައެކޭ" އޮތް ބަސްފުޅު މާނަކޮށްދެއްވަމުން (الذخيرة ١٠١/٢ ގައި) ވިދާޅުވިއެވެ: ”އަންހެނަކީ އަޥްރައެއް ކަމުގައި ވަނީ އޭނާ ފެނުން ނުވަތަ އޭނާ ވާހަކަ ދައްކާ އަޑު އިވުމުން ދީނާއި ޤަދަރުވެރިކަމަށް ބުރޫއަރާކަމެއް ގޮތުގައި ބެލެވޭތީއެވެ. އަދި އޭގެ މުރާދަކީ މުޑުދާރު އަޥްރައެއް ނޫނެވެ. އެހެނީ ފަރިޗާލު އަންހެނަކީ ހިތްތައް އެކަނބުލޭގެއަށް ލެބިގެންވާ މީހެކެވެ.“
އަދި ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ (الفتاوى: ٢٩٧/١٥ ގައި) ވިދާޅުވިއެވެ: ”އެހެނީ ފިރިހިނެއް ނުޖެހޭ ފަދައިން އަންހެނާ ރައްކާތެރިކޮށް ސަލާމަތްތެރި ކުރަން ޖެހެއެވެ. އެހެންކަމުން ޙިޖާބު ވެވުމާއި ޒީނަތްތެރިކަން ފާޅުކުރުން ދޫކުޅައުމާއި، ތަބައްރުޖުވުން ދޫކުޅައުމަށް (ފިރިހެނުންނަށް ނެތި) އަންހެނުންނަށް އެކަނި ޚާއްޞަވިއެވެ. ވީމާ ފިރިހެނަކަށް ނުޖެހޭ ފަދައިން އަންހެން މީހާ ލިބާހުންނާއި ގެތަކުން ނިވައިކަން ހޯދާން ޖެހެއެވެ. އެހެނީ އަންހެނުން ފާޅުވުމީ ފިތުނަ ރޯވުމުގެ ސަބަބެކެވެ. އަދި ފިރިހެނުންނީ އެވެރިންގެ މައްޗަށް ޒިންމާދާރުކުރެވިފައިވާ ބެލެހެއްޓުންތެރިންނެވެ.“ — اهـ.
އަދިވެސް ބަކްރު އަބޫ ޒައިދު (حراسة الفضيلة ٥٨) އިތުރަށް ވިދާޅުވިއެވެ:
❞ އަދި ޤުރުއާނުގެ އާޔަތް ތަކަށް ނަޒަރު ހިންގައިފި މީހަކަށް، ﷲ تعالى ގެ ފޮތުގެ ތިން އާޔަތެއްގައި ގެތަކީ އަންހެނުންނަށް ނިސްބަތްކުރެވިފައިވާ އެއްޗެއް ކަމުގައި ފެންނާނެއެވެ. އެއީ އެ(ބުނެވުނު) ގެތަކީ އެވެރިންގެ ފިރިންގެ ނުވަތަ ވަލީވެރިންގެ ގޯތިތައްކަމުގައި ވީހިނދުގައި ވެސްއެވެ. އަދި މިގޮތަށް ނިސްބަތް ވެގެން މިވަނީ -والله أعلم- ގެތަކުގައި އަންހެނުން މެދުނުކެނޑި ތިބެންޖެހުމުގެ މައްޗަށް ބެލެވިއެވެ. (ޤުރުއާނުން) އެގެތަށް އެވެރިންނަށް ނިސްބަތް ކުރެވުމުގެ މުރާދަކީ އެގެތަކުގެ ބޯހިޔާވަހިކަމާއި އެގެތަކުގައި ލާޒިމުވެ ތިބޭ ތިބުމުގެ މައްޗަށް ނިސްބަތް ކުރެވިއެވެ. އެގެތަކުގެ މިލްކުވެރިކަން އެވެރިންނަށް ނިސްބަތް ކުރެވިއެއް ނޫނެވެ.
ﷲ تعالى ވަޙީ ކުރެއްވިޔޭ:
▶️وقرن في بيوتكن◀️ [الأحزاب: 33]
(އަދި ތިޔަކަނބަލުން ތިޔަކަނބަލުންގެ ގެކޮޅުތަކުގައި قرار ވެތިއްބަވާށެވެ!)
އަދިވެސް އެއިލާހު سبحانه ވަޙީ ކުރެއްވިޔޭ:
▶️وَٱذۡكُرۡنَ مَا يُتۡلَىٰ فِي بُيُوتِكُنَّ مِنۡ ءَايَٰتِ ٱللَّهِ وَٱلۡحِكۡمَةِۚ◀️ [الأحزاب: 34]
(އަދި ތިޔަކަނބަލުން ތިޔަކަނބަލުންގެ ގެކޮޅުތަކުގައި ﷲ ބާވައިލެއްވި އާޔަތްތަކާއި އެބަހީ ކީރިތި ޤުރުއާނާއި އަދި ޙިކުމަތް (އެބަހީ ސުންނަތްވެސް) ކިޔަވާވިދާޅުވެ ހަދުމަފުޅުކުރައްވާށެވެ.)
އަދިވެސް އެއިލާހު عز شأنه ވަޙީ ކުރެއްވިޔޭ:
▶️لَا تُخۡرِجُوهُنَّ مِنۢ بُيُوتِهِنَّ◀️ [الطلاق: 1]
(ތިޔަބައިމީހުން އެކަނބަލުންގެ ގެތަކުން އެކަނބަލުން ނުނެރޭށެވެ!) ❝ — اهـ.
~ ގަލަންދާނު 🖋
🎁 އަންހެންވެރިން ބޭރަށް ނިކުމެ އުޅުން ހުއްދަވާ ޝަރުޠުތައް
①
☪☪☪☪☪☪
❞ [އެކަން ހުއްދައީ] އެހެން ފަރާތެއް ފިތުނައިގައި ޖެއްސުމުގެ (އެބަހީ: އެދުންވެރިކުރުވުމުގެ) ޤަޞްދެއް ނެތި އަދި އަމިއްލަ ފިތުނަވެރިކުރުވުމުގެ ވެސް ޤަޞްދެއް ނެތި، އެހެނަސް ވަލީމާއަކަށް ނޫނީ ގާތްތިމާގެ މީހަކަށް ޒިޔާރަތް ކުރުމުގެ ނޫނީ މިޒާތުގެ ކަމެއް އޭނާ ޤަޞްދުކޮށް ނިކުންނަ ނަމައެވެ. އަދި މުޠްލަޤުކޮށް (އެންމެޙާ ޙާލަތެއްގައި ވިޔަސް) ހުވަނދުވެގެން ހުރި އަންހެނާ ބޭރަށް ނިކުތުން ނަބިއްޔު ﷺ ނަހީކުރެއްވިއެވެ. އަދި މިކަމުގައި އެއްވެސް އިސްތިޘްނާއެއް ނުދެއްވައެވެ. އަދި އެދުންވެރިކަން ގެނައުމުގެ ނިޔަތަކާއި ނުލައި ވިޔަސް ހުވަނދުވެވިގެން ނިކުންނަ އަންހެނާގެ މައްޗަށް މިމަނަޢު އޮތްކަން ދަލީލުކޮށްދޭ ތަކެތި ޞައްޙަ ގޮތުގައި ވަނީ ރިވާވެފައެވެ. އެއީ އިތުރުއެކަލޭގެފާނުން ﷺ ގެ މިބަސްފުޅުންނެވެ: (( أَيُّمَا امْرَأَةٍ أَصَابَتْ بَخُورًا فَلا تَشْهَدُ مَعَنَا الْعِشَاءَ الآخِرَةَ )) (ބަޚޫރުން ދުންކެއްވިގެން ހުރި އެއްވެސް އަންހެނެއް އަހަރެމެންނާއި އެކު، ޢިޝާ ނަމާދުގައި ބައިވެރިވެގެން ނުވާނެއެވެ.)
ވީމާ މިއީ ˺ފިތުނަވެރިކުރުވުނުގެ ނިޔަތެއް ނެތި˹ ހުވަނދުވެވިގެން ހުރެ އަންހެނާ ބޭރަށް ނިކުމެއުޅުމުގެ މައްޗަށް އޮތް ޙަރާމް ކުރެވުމެކެވެ. އެހެނީ ފިރިހެނަކަށް އެކަނބުލޭގެ ލައިގެން ހުރި ހުވަނދުގެ ވަސް ޖެހިދާނެކަމަށްޓަކައެވެ. އަދި މިދަލީލަކީ (سد الذرائع) [ޙަރާމަކަށް] މަގުފަހިވާ ރާސްތާ ހުއްޓުވުމުގެ މައްޗަށް [ޢިލްމުވެރިން] އިސްތިދްލާލް ކުރައްވާ ދަލީލުތަކުގެ ތެރެއިން އެއްޗެކެވެ. އޭގެ މާނައީ އަންހެނާއަށް އޭނާގެ ހުވަނދުގެ ވަހެއް އެއްވެސް މީހަކަށް ˺މަގެއް މަތީން˹ ނުފޯރާނޭ ކަން ކަށަވަރުވެއްޖެނަމަ، އެއީ މިޘާލަކަށް އެނާ ކާރެއް ތެރޭގައި ވާނަމަ، އަދި ކާރަށް އެރީ ގޭގެތެރެއިން ކަމުގައި ވެފައި، ދެން އޭނާ އެގޮތުގައި އެނޫން ތަނަކަށް ދާނަމަ، އޭގެ ނަތީޖާގެ ތެރޭގައި ގޯހެއްް އަންނަނަމަ — ދެންފަހެ އެހިނދު މިކަންވެސް މަނާވެގެން ވެޔޭއެވެ. އަދި މިކަން މަނައުވެގެންވާ އަނެއް ސަބަބަކީ އޭގެން ނިކުންނަ ފަސާދައިގެ ސަބަބުންނެވެ.
ފިރިހެނާގެ ޠަބީޢަތަކީ އަންހެންނާއަށް ލެނބުމެވެ. އަދި އަންހެނާގެ ފުށުން ފިރިހެނާ ފިތުނަވެރިވުމުގެ އަވަސް ކަން ހިކިވިނައިގައި ރޯވާ އަލިފާންގަނޑަކަށް ވުރެ އަވަހެވެ. އަދި އަންހެނާގެ ޙާޟިރުގައި ފިރިހެނާ ބަލިކަށިވެގެން ވެއެވެ. އެއީ ﷲ تعالى ވަޙީ ކުރެއްވި ފަދައިންނެވެ: ▶️وَخُلِقَ الإِنسَانُ ضَعِيفًا◀️ [النساء:٢٨] (އިންސާނާ ހެއްދެވިފައިވަނީ ބަލިކަށި ضعيف މީހަކުގެ ގޮތުގައެވެ.) އެބަހީ: އަންހެނާގެ ޙާޟިރުގައެވެ. [ނޯޓް: ބަކުރުބޭ މިއާޔަތުގެ ތަޢްލީޤުގައި ވިދާޅުވިއެވެ: އެބަހީ: އަންހެނުންނާ ގައިގޯޅިވުމުގައި ހިފެހެއްޓުން ކުޑަވުންފަދައިންނެވެ.]
އަދި ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ: (( وما تركت بعدي فتنةً أضر على الرجال من النساء )) [ތިމަންކަލޭގެފާނު ދުނިޔެދޫކުރައްވައި ވަޑައިގަންނަވާއިރު، އަންހެނުންނަށް ވުރެ ބޮޑު ފިތުނައެއް ފިރިހެނުންގެ މައްޗަކަށް ދޫނުކުރައްވަމެވެ.]
އަދިވެސް ނަބިއްޔު ﷺ ޙަދީޘްކުރެއްވިއެވެ: (( فتنة هذه الأُمة بالمرأة )) (މިއުއްމަތުގެ ފިތުނަ ވަނީ އަންހެންވެރިންގެ ފުށުގައެވެ.)
އަދި މިމާނައިގެ މައްޗަށްވާ ދަލީލުތައް ގިނަގުނަވެގެން ވެއެވެ. އަދި އަންހެނުންނަކީ ޚުދު އެވެރިންގެ ޒާތުގައި ފިތުނައެކެވެ.
މިސަބަބަށްޓަކައި އަހަރެމެން ވާނީ އެއްފަހަރަށްވުރެ ގިނައިން ބުނެފައޭ: ހުވަނދަކާއި ނުލައިވެސް އަންހެނާ ބާޒާރުތަކަށް ނިކުތުމީ ހުއްދަކަމެއް ނޫނޭ އެހެނަސް ޝަރުތުތަކާއި ލައިގެން މެނުވީއެވެ:
1️⃣ފުރަތަމަ ޝަރުޠަކީ: އޭނާގެ ވަލީ ވެރިޔާގެ ހުއްދަ ލިބުމެވެ. ވީމާ ވަލީ ވެރިޔާގެ ހުއްދަޔާއި ނުލައި ނިކުމެގެން ނުވާނެއެވެ.
2️⃣ދެވަނަ ޝަރުޠަކީ: އެކަނބުލޭގެއަށް ˺ގެއިން ނިކުތުމަށް˹ ޙާއްޖަތެއް އޮތުމެވެ. ވީމާ ޙާއްޖަތަކާއި ނުލައި ނިކުތުމެއް ނުވެއެވެ. ބާޒާރުތަކުގެ ތެރޭ އެނބުރި ތަންތަން ބަލައިހޯދައި ހެދުމީ އިސްތިޘްނާއެއް ނެތި މަނައު ކަމެކެވެ. އެއީ ވަލީވެރިޔާ އޭނާއަށް އިޛުނަދިނަސްއެވެ.
3️⃣ތިންވަނަ ޝަރުޠަކީ: ޒީނަތްތެރިކަން ފާޅުކޮށްގެންނާއި ހުވަނދުލައިގެންނާއި ފަރިކަންދައްކައިގެން (ތަބައްރުޖު ވެގެން) ނުނިކުތުމެވެ.
4⃣ހަތަރުވަނަ ޝަރުޠު: މަޙުރަމަކާއި އެކުގައި ނިކުތުމެވެ. އެއީ ފިތުނައިން އަމާންވެގެންވާ ޙާލަތެއްގައި މެނުވީއެވެ. އެހެންކަމުން ފިތުނައިން ރައްކައުތެރިކަމެއް ނުވެއްޖެނަމަ، އެކަނބުލޭގެޔާއިއެކު މަޙްރަމެއް ނިކުތުން ވާޖިބެވެ.
5⃣ފަސްވަނަ ޝަރުޠު: ޙާއްޖަތަށް ފުދޭވަރަށް މެނުވީ ފިރިހެނުންނާއި ވާހަކަ ނުދެއްކުމެވެ. އަދި އެގޮތުގައި ދައްކަން ޖެހިއްޖެ ނަމަ ތޫލި މަޑުމޮޅި ރާގުން ވާހަކަ ނުދެއްކުމެވެ. އެއީ ހިތުގައި ބަލިމަޑުކަމެއް ހުރެއްޖެ އެއްވެސް މީހެއްގެ ޝަހުވަތް މިއަންހެނާގެ މައްޗަށް ނުއައުމަށެވެ.
މިއީ އަންހެނާ ބޭރަށް ނިކުމެ އުޅުމަށް އޮތް ފަސް ޝަރުޠެވެ.
=
⚠️ ތުހުމަތުނުބައި ކަމެއްގެ ގުންޑޮޅިމައްޗަށް އެރުމާއިމެދު އޮތް ނުރުހުންތެރިކަން
📏📏📏📏📏
❞ [އިމާމު] އަޙުމަދު رَضِيَ اللَّهُ عَنْهُ ވިދާޅުވިއެވެ: ”ނުބައިކަމެއްގެ މެދަށް ހުށަހެޅެވުމަށް އަހުރެން ނަފުރަތު ކުރަމެވެ.“ އަދި ޞާލިޙު ގެންނެވި ރިވާޔަތުގައި [އަޙްމަދު] ވިދާޅުވިޔޭ: ”ދަންވަރުގައި އިވޭ ހަޅޭކެއްގެ އަޑަށް އިޖާބަދީ ނިކުތުމަށް އަހުރެން ނުރުހެމެވެ. އެހެނީ އެކަމުގައި ކުރިމަތިވާ ކަމެއްގެ ވާނުވާއެއް ނޭނގޭތީއެވެ.“ އަލްޚައްލާލު މިބަސްކޮޅު ނަޤުލުކުރައްވައި ބާބު ކުރެއްވީ: <ދަންވަރުތެރޭ ހަޅޭކަކަށް ނިކުތުމުގައި އޮތް ނުރުހުން> މިހެންނެވެ. އަދި އަލްޚައްލާލު ރިވާކުރެއްވިޔޭ، ޢަބްދުއް ރަޙްމާނު ބުނު މަހްދީގެ އަރިހުން: ޢަބްދު ﷲ ބުނު ޢަދިއްޔި ބްނިލް ޚިޔާރް ވިދާޅުވިޔޭ: ”ފަހެ އެމީހަކަށް [ނުބައި] ތުހުމަތް އޮންނަމީހަކާއި އެކުއެކީ ހިނގާފައި ދިޔުމަށް އަހުރެން ނުރުހެމެވެ. އެއީ މުސްލިމެއްގެ ބަދުބަހެއް އަހަރެންނަށް ކުރިމަތިވެދާނެތީއެވެ.“
އިބްނު ޢަބްދުލް ބައްރު ޛިކުރު ކުރެއްވިޔޭ ޢުމަރު ބުނުލް ޚައްޠާބު ވިދާޅުވިޔޭ: ”އެމީހެއްގެ ސިއްރުތައް ފޮރުވައިގެން ހުރެއްޖެ މީހެއްގެ އަތުގައި އޭގެ އިޚްތިޔާރު ދެމިއޮވެއެވެ. [އެބަހީ: އޭގެ މައްޗަށް ކޮންޓުރޯލް އޮތީ އޭނާގެ އަތުގައި އެކަންޏޭއެވެ.] އަދި ތިމާގެ ނަފްސު ތުހުމަތުގެ އަނދަވަޅެއްގެ ތެރެއަށް ލައިފިމީހާ ދަންނައެ، ތިމާއާއިމެދު ގޯސްކޮށް ދެކިއްޖެ މީހެއް ކުށްވެރިކުރުމެއް ނުވެއެވެ.“
އަދި އިބްނު ޢަޤީލު "އަލްފުނޫނު" ގައި ވިދާޅުވިޔޭ: އަލްޙަސަން [އަލްބަޞްރީ] ވިދާޅުވިޔޭ: ”ތުހުމަތު ކުރެވިދާފަދަ ކަންކަމުން ކަމަކަށް ވަދެގަނެއްޖެ މީހާ ދަންނައެ، އެމީހަކަށް ޣީބައިގެ އަޖުރެއް ނުވެއެވެ“ [އެބަހީ: ބަޔަކު އޭނާގެ ވާހަކަ ދެއްކުމުން އޭނާއަށް ނަސީބުކޮށްދެވޭ ޘަވާބު ލިބުން ނުވެއެވެ.]
އަދި މީގެ މާނައީ —وَاَللَّهُ أَعْلَمُ— އޭނާ ކޮށްގެން ނުވާނޭ ކަމެއް ކުރުމުގެ ސަބަބުން، އޭނާގެ ޙައްޤާއި އޭނާގެ ޙުރުމަތް ވީއްލިދިއުމެވެ. މިއީ އަހަރެމެން އިހު ބަޔާންކުރި ފަދައިންނެވެ: ވަލީމާއަކަށް ދަޢުވަތު ދޭ މީހާ ކޮށްގެން ނުވާނޭ ކަމެއް ކުރުމުގެ ސަބަބުން، އޭނާގެ ޙުރުމަތް (އެއަށް އިޖާބަދިނުމުގެ ޙައްޤު) ވީއްލި ދިއުން ފަދައެވެ. އަދި ސަލާމް ކޮށްގެން ނުވާނޭ ދަނޑިވަޅެއްގައި ސަލާމް ގޮވާ މީހާގެ ޙުރުމަތާއި، މީސްތަކުން ހިނގައިބިނގައިވާ ތަނެއްގައި ނަމާދު ކުރާމީހާގެ ޙުރުމަތް ފަދައެވެ. އެހެންކަމުން އޭނާ ކުރިމަތިން ހުރަސްކަނޑާ މީހުން ހުއްޓުވުމެއް (އޭގެ ޙައްޤެއް) އޭނާއަށް ނުވެއެވެ. އަދި މިޒާތުގެ ކަންކަމެވެ. އަދި ޒާތްކޮޅުބޮޑު ހެދުމާއިމެދު ޣީބަ ކިޔުމުގެ ވާހަކަ ކުރިޔަށް އަންނާނެތެވެ. ❝
— އަލްއިމާމް އިބްނު މުފްލިޙް އަލްމަޤްދިސީ (އަލްއާދާބުއް ޝަރްޢިއްޔަ 1/298)
~ ގަލަންދާނު 🖋
❌❌ ޙަދީޘް: «إِذَا انْتَصَفَ شَعْبَانُ فَلَا تَصُومُوا» ”ޝަޢްބާން މަސް ދެބައިވުމުން ތިޔަބައިމީހުން ރޯދަ ނުހިފާ ހުށިކަމެވެ.“
⬆️އައްޝައިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު ވިދާޅުވިއެވެ:
މީގައި ރަނގަޅުގޮތަކީ: އެޙަދީޘް ޟަޢީފު ކަމެވެ. (ބަލިކަށިކަމެވެ.) އަދި (ޙަދީޘްގެ ރާވީ) އަލްޢަލާއު އަކީ ޘިއްޤާ (އިތުބާރުހުރި) މަތިވެރި ބޭފުޅަކަސް މީގައި ކުށްޖެހިވަޑައިގަތެވެ. އަދި އަޙްމަދު އާއި އިބްނު މަޢީން އަދި އަބޫ ޒަރްޢަތުއް ރާޒީ މިޙަދީޘް ޟަޢީފު ކަމަށް ކަނޑައަޅުއްވާފައި ވެއެވެ. އަދި މިޙަދީޘް ވަނީ އަންނަނިވި ޙަދީޘް އާއި ދެބަސްވާ ގޮތަށެވެ: لم يكن النبي ﷺ يصوم شهراً أكثر من شعبان. ”ޝަޢްބާން މަހަށްވުރެ ގިނައިން ނަބިއްޔު ﷺ (ފަރުޟު ނޫން) ރޯދަ ހިއްޕަވާ މަހެއް ނުވެއެވެ.“
”...އައްތިރުމިޛީ އާއި އިބްނު ޙިއްބާން އާއި އަލްޙާކިމް އަދި އިބްނު ޢަބްދުލް ބައްރު މިރިވާޔަތް (ބޭރުފުށަށް) ޞައްޙަ ކުރެއްވިއެވެ. އަދި އެހެނަސް މިބޭބޭފުޅުންނަށް ވުރެ ބޮޑު އަދި (ޙަދީޘްގެ ފަންނުގައި) ޢިލްމުވެރި ބޭކަލުން އޭގެ (ބަލިކަށިކަމުގެ) މައްޗަށް ވާހަކަދެއްކެވިއެވެ. އަދި އެއީ މުންކަރު ޙަދީޘެއް ކަމަށް ވިދާޅުވިއެވެ. އެބަހީ އޭގެން ދޭހަވާ މާނައެވެ... އަދި (މި ޙަދީޘު ބަލިކަށިކަމަށް ކަނޑައެޅުއްވި) ބޭކަލުން ތެރޭގައި: ޢަބްދުއް ރަޙްމާން އިބްނު މަހްދީ އާއި އަޙްމަދު އާއި އަބޫ ޒުރްޢާ އައްރާޒީ އަދި (އަބޫ ބަކްރު) އަލްއަޘްރަމް ހިމެނިވަޑައިގަންނަވައެވެ...“
”އަލްޢަލާއު ބުނު ޢަބްދުއް ރަޙްމާން އަށް އަޙްމަދު އާއި އިބްނު މަޢީން އާއި އިބްނު މަހްދީ އާއި އަބޫ ޙާތިމް އަދި އަައްނަސާއީ (މިރިވާޔަތުގައި) އިންކާރު ކުރެއްވިއެވެ. އަދި އިމާމް އަޙްމަދް ވިދާޅުވިއެވެ: ”އަލްޢަލާއު ޘިއްޤާ އެވެ. މިޙަދީޘް ފިޔަވައި އޭނާފުށުން އިންކާރުވެވިގެން ނުވެއެވެ.“
”އިބްނު މަހްދީ އާއި އަޙްމަދު އާއި އަބޫ ޒުރްޢާ އާއި އަބޫ ދާވޫދު އާއި އަލްއަޘްރަމް އާއި އައްނަސާއީ އަދި އަލްޚަލީލީ ވަނީ މިޙަދީޘް އަކީ އަލްޢަލާއު ބުނު ޢަބްދުއް ރަޙްމާން ގެ މުންކަރު ޙަދީޘް ތެރެއިން ވާއެއްޗެއް ކަމަށް ކަނޑަ އަޅުއްވާފައެވެ.“
#حديث_ضعيف
⚠️ ʿAbdul Malik said: “I asked my father about the authenticity of the ḥadīth (Oh Allah, bless us in Rajab and Shaʿbān, and let us reach Ramaḍān)?
He (Al-ʿAlwān) replied:
❝ This ḥadīth is recorded in Al-Bazzār, and Al-Ṭabarānī in Al-Awsaṭ, Al-Bayhaqī in Al-Shuʿab, Ibn ʿAsākir and others, from the ḥadīth of Anas. It is a Munkar (objectionable) report. Rajab is one of the sacred months, and there is nothing authentic on its virture other than this.
As for Shaʿbān, the Prophet ﷺ used to fast a lot and fast most of it. This is preserved from the Prophet ﷺ from aḥādīth in the (books of) Ṣaḥīḥ. As for the aḥādīth narrated regarding the night of the middle of Sha’ban, they are weak, and to strengthen them by joining the different paths: there is a disagreeable view on it. ❞
~ Galandān 🖋
⬆️Unification upon Aqīdah and staying firm upon Manhaj
❝ Unifications not based on a shared creed (aqīdah) will individually bear no fruit; even if temporarily successful, they will not endure. [Whereas] any call, movement, or unification built upon aqīdah will be solid, clear, beneficial, and an invincible force. Islam is not merely a matter of conscience and belief without action. It is a comprehensive religion applicable to all aspects of life. It is a declaration of the divinity of Allah alone, and a rejection of and disavowal of ṭāghūt...
...Those who succumbed to the pressure in the face of reality and the attacks of tyrants and deceivers are unfit to be leaders of the Ummah and to serve as Imams for the Muslims. Anyone who does not adhere to their words, and their manhaj (methodology) and to their principles, is not to be trusted. They may change their ways and claim that their new ideas are the truth and their old ideas were false. Such individuals make the youth of Ummah a testing ground for their own vacillation, fickleness and failure. ❞
— Shaykh Sulaymān Al-ʿAlwān (text)
~ Galandān 🖋
⑥
⚠️⚠️ ޞަޙީޙު މުސްލިމްގެ ރިވާޔަތް ތަކުގައި ދަރަޖަތައް އިމާމް މުސްލިމް އެކުލަވާލެއްވި ކަމާއި އެއިން ދެވަނަ ދަރަޖައިގެ ޙަދީޘެއްގައި އާދައިގެ ޢައިބެއް ވުން އެކަށީގެން ވުމުގެ މައްޗަށް ހޭވެރިކަމެއް
މީހަކު ބުނެފާނެއެވެ: އެހެނަސް ނުރަ ކަޅުކުރުމުން ދުރުހެލިވުމަށް އޮތް އެއް ރިވާޔަތަކީ މުސްލިމް އެކަކޭގެފާނުގެ ޞަޙީޙުގައި ގެންނެވި ރިވާޔަތެއް ނޫން ހެއްޔޭއެވެ؟
އަހަރެން ބުނަމެވެ: ބަޔާންވެގެންވާ އުޞޫލަކީ، އިމާމް މުސްލިމުން ޙަދީޘެއް، އެ ބާބުގެ އަޞްލެއް ގޮތުގައި ގެންނަވައި ދެން އޭގެ ދަށުން ދެލިކުރައްވާ ރިވާޔަތްތަކީ އެބާބަށް ބާރުދެއްވަން އެހެނަސް އޭގެ ޒާތުގައި އާދައިގެ ބަލިކަށިކަމެއް ނުވާ ރިވާޔަތެއް ކަމުގައި ވުން ލާޒިމު ނޫން ރިވާޔަތް ތަކެވެ.
އެގޮތުން އިމާމް މުސްލިމް މިޙަދީޘު ގެންނެވި އިރު ފުރަތަމަ ގެންނެވީ ކަޅު ކުރުމުގެ ނަހީ އިތުރު ކުރެވިފައި ނެތް ރިވާޔަތެވެ. އެއީ 2102a ވަނަ ޙަދީޘެވެ. އަދި ނަހީގެ ވާހަކަ އިތުރު ކުރެވިފައިވާ ރިވާޔަތް ގެންނެވީ އޭގެ ފަހަތުން 2102b ގައެއެވެ.
ފަހްދުއްް ސުނީދު ވިދާޅުވިއެވެ: ”( جنبوه السواد) [ކަޅުކުލައިން ދުރުހެލިވާށޭ] އޮތް ލަފްޛު ޟަޢީފެވެ. (ބަލިކަށްޓެވެ.). ˺މިއިތުރު ބައި ނެތި˹ ( غيروه بشئ ) [ކޮންމެވެސް އެއްޗަކުން އެ ˺ނުރަކަން˹ ފިލުވާށޭ] އޮތް ރިވާޔަތް އިމާމް މުސްލިމް ޙަދީޘް ގެންނެވުމުގެ ވައްޓަފާޅީގައި ފުރަތަމަ އިސްކުރައްވައި ގެންނެވީ މިސަބަބަށްޓަކައެވެ.“ (ބަސްކޮޅު)
އަދި ކަޅުކުރުމުގެ މައްސަލާގައިވާ ޙަދީޘުތަކާއި ބެހޭ ރިސާލަތެއް ލިޔުއްވި އައްޝެއިޚް ދުބްޔާން ބުނު މުއްޙައްމަދުއް ދުބްޔާން އެރިސާލާގެ 23 ވަނަ ތަފްޞީލު ނޯޓުގައި އިމާމް މުސްލިމްގެ މި އުޞޫކު ބަޔާން ކުރެއްވިއެވެ. އަދި މިޤަވާޢިދު ނަންގަންނެވި ކަމަށް ނިސްބަތް ކުރެއްވީ އިމާމް މުސްލިމް އެކަލޭގެފާނުގެ ޞަޙީޙު ފޮތުގައި ޙަދީޘް އެތުރެއްވި ގޮތުގެ ފަންނުވެރިކަން ދިރާސާކުރެވުނު "ޢުބްޤަރިއްޔަތުލް އިމާމް މުސްލިމް " ގައި އެވާހަކަ ބަޔާން ކުރެއްވި ، ޑރ. ޙަމްޒާ އަލްމަލީބާރީ އަށެވެ.
އެތަފްޞީލު ނޯޓުގައި ވިދާޅުވިއެވެ:
”ފަހެ އިމާމް މުސްލިމް ˺އައްޞަޙީޙު˹ ފޮތުގެ ˹މުޤައްދިމާގައި˹ ވިދާޅުވެފައިވަނީ، ޙަދީޘުތައް ތިން ބަޔަކަށް އެކަލޭގެފާނު ބައްސަވާފައިވާ ކަމުގައެވެ. މުސްލިމް ވިދާޅުވިއެވެ:
”ފުރަތަމަ ބަޔާއިމެދު ދަންނައެ، އަހަރެމެން ޤަޞްދުކުޅައީ އެނޫން ތަކެއްޗަށްވުރެ ޢައިބުތަކުން ސަލާމަތް ވެފައިވާ ޚަބަރުތައް ފުރަތަމަ ގެނައުމަށެވެ. އަދި އެތަކެތި ނަޤުލު ކުރާ ފަރާތުގެ ޙަދީޘުތަކުގައި އިތުބާރުވެގެންވުމާއި އެނަޤުކުކުރާތަކެތީ ކަށަވަރުކަން ބޮޑަށް ހުރި ފަރާތްތަކަށް ވުމުން އެނޫންތަކެއްޗަށް ވުރެ ޠާހިރު ތަކެތި ފުރަތަމަ ގެނައުމަށެވެ. އެއީ [އެހެން އިތުބާރު ހުރި ފަރާތް ތަކާއި އަޅައި ކިޔާއިރު] އެބައެއްގެ ރިވާޔަތްތަކުގައި ބޮޑެތި ޚިލާފުތައް ނެތް މީހުންނެވެ. އަދި ބޮޑެތި އޮޅުން އެރުންތައްވެސް [ނަޤުލުކުރުމުގައި] ނެތް މީހުންނެވެ. އެއީ އެތަކެއް މުޙައްދިޘުންގެވެސް ޙާލަތް ވާފަދައިންނެވެ. އަދި އެބޭކަލުންގެ ރިވާޔަތްތަކުން މިކަން ހާމަވެގެން ވެއެވެ.“
④
⚠️އަނަސްގެފާނުގެ ޙަދީޘް އިތުރުބަޔާއިއެކު:
އަޙްމަދު އެކަލޭގެފާނުގެ މުސްނަދުގައި (مسند أحمد(3/160) ގައި) ރިވާކުރެއްވިޔޭ: އަހަރެމެން ގާތު މުޙައްމަދު ބުނު ސަލަމާ އަލްޙައްރާނީ ވިދާޅުވިޔޭ، ހިޝާމް ބުނު ޙައްސާނުގެ އަރިހުން އިބްނު ސީރީންގެ އަރިހުން، ˺އިބްނު ސީރީން˹ ވިދާޅުވިޔޭ:
”އަހަރެން އަނަސްގެފާނު އަރިހުން ރަސޫލު ﷲ ﷺ އިސްތަށިކޮޅު ކުލަ ކުރެއްވުމާއި މެދުގައި ސުވާލު ކުރުމުން ވިދާޅުވިއެވެ:
”ހަމަކަށަވަރުން ރަސޫލު ﷲ ﷺ ކުޑަކުޑަކޮށް މެނުވީ ނުރަވެވަޑައިގެން ނުވެއެވެ. އެހެނަސް އެކަލޭގެފާނު އަވަހާރަވުމަށްފަހުގައި އަބޫ ބަކުރާއި ޢުމަރުގެފާނު ހީނާ ފަތާއި ކަތަމި ފަތުން ކުލަކުރައްވައެވެ.
[އަދި އިތުރަށް] ވިދާޅުވިއެވެ: އަދި މައްކާ ފަތަޙައިގެ ދުވަހު އަބޫ ބަކުރުގެފާނު އެކަލޭގެފާނުގެ ބައްޕާފުޅު، އަބޫ ޤުޙާފަތުގެފާނު އުފުއްލަވައިގެން ރަސޫލު ﷲ ﷺ އަރިހަށް ވަޑައިގެން އެކަލޭގެފާނުގެ ދެއަތްޕުޅުގާތު ބެހެއްޓެވިއެވެ. އެހެންކަމުން ރަސޫލު ﷲ ﷺ އަބޫ ބަކުރުގެފާނަށް ޙަދީޘު ކުރެއްވިއެވެ: ((لو أقررت الشيخ في بيته، لأتيناه)) ”މުސްކުޅިވެފައިވާ ބޭފުޅާ، ގޭގައި ބެހެއްޓެވީހީނަމައޭ، ތިމަންކަލޭގެފާނުމެން އެހެންޏާ ވަޑައިގެންނެވީމުތާއޭ.“ —އެއީ އަބޫ ބަކުރުގެފާނަށް މާތްކޮށްހިއްތެވުމުގެ ގޮތުންނެވެ.
ދެން އަބޫ ޤުހާފަތުގެފާނު އިސްލާމްވެވަޑައިގެންފި އެވެ. އަދި އެކަލޭގެފާނުގެ ތުނބުޅިފުޅާއި އިސްތަށިފުޅު ހުރީ "ސަހަރާގެ ހިކިވިނަ" ފަދައިން ހުދުވެފައެވެ. އެހެންކަމުން ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ: ((غيروهما، وجنبوه السواد)) ”އެ (ބޮލާއި ތުނބުޅި ދެތަނުގައި ވާ ނުރަވުން) ބަދަލުކުރާށެވެ. އެހެނަސް ކަޅުކުރުމުން؛ދުރުހެލިވާށެވެ.“ اهـ.
ނޯޓް: "ސަހަރާގެ ހިކި ވިނަޔޭ" ނިސްބަތްވެފައި އެވަނީ ޢަރަބިން (الثَّغَامِ) އެވެ. ސައިންޓިފިކް ނަމަކީ (Stipagrostis hirtigluma) އެވެ. އެއީ ސަހަރާއާއި ހިކި ހަނަފަސް ބިމުގައި ހެދޭ، އެވިނައިގެ ކޮޅުތައް ހިކި ހުދުކުލަޔަކަށް ގޮސްފައި ހުންނަ ވިނައެކެވެ. ބަލާމީހަކަށް އެއީ އެއްކޮށް ހުދުކަމެއްވާ އެއްޗެކޭ ހީވާފަދައިންނެވެ.
⬆️ އަނަސްގެފާނުގެ ޙަދީޘު ޞައްޙަ މިންވަރު:
އަނަސްގެފާނުގެ ޙަދީޘު: އަލްބުޚާރީ 5895 އަދި މުސްލިމް 2341 ގައުމި، ޘާބިތު ވިދާޅުވިޔޭ، ތިމަން އަނަސްގެފާނުގެ އަރިހު ސުވާލު ދެންނެވީމޭ ނަބިއްޔު ﷺ އިސްތަށިފުޅު ކުލަކުރެއްވުމާއި މެދުގައި، އެހެންކަމުން ވިދާޅުވިޔޭ:
”އެކަކޭގެފާނު ކުލަޖައްސަވާނޭ ހައި ވަރަކަށް ˺ނުރަވެވަޑައިގެން˹ ނުވެއެވެ. އަހަރެން އުޅެއްޖެނަމަ އެކަލޭގެފާުގެ ތުނބުޅިފުޅުގައި ހުރި ނުރަތައް އަދަދުވެސް ކުރެވޭނެއެވެ. [އެބަހީ: އެހައި މަދެވެ.]“
އަދި މުސްލިމްގެ ރިވާޔަތުގައި އިތުރަށް އައިސްފައިވެއެވެ:
”އަބޫ ބަކުރު އެހެނަސް ހީނާފަތާއި އަލްކަތަމް އިން ކުލަކުރައްވައެވެ. (އަލްކަތަމި ނުވަތަ އަލްކުތަމް އަކީ ހީނާފަތް ކުލަ ބޮޑަށް އަނދިރި ކުޅައުމަށް އެއްކުރެވޭ ފަތެކެވެ.) އަދި ޢުމަރުގެފާނު ހީނާއިން އެކަނި ކުލަކުރައްވައެވެ.“
~ ގަލަންދާނު 🖋
②
⚠️⚠️ އަދި މިކަމަކީ އޭގެ ޒާތުގައި ހުއްދަ އަދި އެހެނަސް ޙާލަތުގެ ގޮތުން އޭގައި ނަހީ އަންނަ އެއްޗެއް ގޮތުގައި ބައެއް ޢިލްމިވެރިން ޞިފަ ކުރެއްވިއެވެ. އެގޮތުން އައްޠަރީފީ އާއި ސުވާލުވެވުނެވެ:
⁉️ ސުވާލު: ތުނބުޅި ކަޅު ކުޅައުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟
ޖަވާބު: އެކަމަކީ އިޖުތިމާޢީ ސުލޫކާއި އަދަބުއަޚުލާޤުގެ ކަންކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ. އެހެނީ ޖާބިރުގެފާނުގެ ޙަދީޘުގައި އަމުރަކާއި ނަހީއެއް އެކުލެވިގެން ވެއެވެ. ( غيروا هذا وجنبوه السواد) [ މި (ނުރަކަން) ފިލުވާށެވެ. އަދި ކަޅުކުލައިން ދުރުހެލިވާށެވެ.] މި ޤަޥްލުގައިވާ އަމުރަކީ (غيروا) (ނުރަކަން ފިލިވާށޭ) އެވެ. އަދި (جنبوه السواد ) (ކަޅުކުރުމުން ދުރުހެލިވާށޭ) މިއީ ނަހީއެވެ.
އެހެންޏާ އަހަރެމެންނަށް ވަނީ އެ އަމުރާއި ނަހީ އޭގެ އެންމެ މަތީ ހަރުފަތުގައި ނެގުމެވެ. އޭރުން ނުރަފިލުވުން ވާޖިބުވެގެން ދެއެވެ. އަދި ކަޅުކުރުން ޙަރާމްވެގެން ދެއެވެ. ނޫނީ އަހަރެމެންނަށް ވަނީ (އެންމެ މަތީ ހަރުފަތް ފިޔަވައި) އެނޫން ގޮތެއްގައި އެދެބައިވެސް ނެގުމެވެ. އެގޮތުން ކުލަ ބަދަލުކުރުން ސުންނަތްވެގެން ވެއެވެ. އަދި ކަޅުން ދުރުހެލިވުމަށް އޮތް ނަހީ އަކީ މަކުރޫހައިގެ މިންވަރުގައި ކަމެވެ.
⚠️މަކުރޫހައަކަށް އެކަން ވެއްޓޭ ޙަލާތަކީ ˺އަދި ސަބަބަކީ˹ ކޮބައިހެއްޔެވެ؟
އަހަރެމެން ބުނަމެވެ: ކަޅު ކުލަ ޖެއްސުމަކީ އޮޅުވާލުމުގެ ސިފަޔެއް އޭގައި ހިމެނޭ ކަމެކެވެ. ނުވަތަ އެއިން އިންސާނާ އިބުރަތްތެރިވެ ހޭވެރިވުމުން އެއްކިބާކޮށް ޣާފިލު ކުރުވާ ކަމެކެވެ. ފަހެ ˺މުސްކުޅިކަމަށް ޣާފިލުވެ˹ އިންސާނާ އޭނާގެ ރައްބަށް ވެސް ޣާފިލުވެ ހުރެދާނެއެވެ. އެއީ އުމުރުން ދުވަސްވެ އެހެންގޮސް ނުވަދިހަ ނޫނީ ސަތޭކަ އަހަރު ވުމާއި ހަމައަށެވެ. އަދި އެހިނދުވެސް ޒުވާންކަން ފިލައި ނުދާކަމަށް އޭނާ ހީކޮށް ހުރެދާނެއެވެ. ފަހެ ﷲ މިފަދަ ކަންކަން [އެބަހީ: ނުރަކުރެއްވުމާއި މުސްކުޅިކަމުގެ އަލާމަތްތައް] ލައްވަވަނީ އިންސާނާ އިބުރަތްތެރިވެ ހޭވެރިވުމަށްޓަކައެވެ.
މިހެންކަމުން ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ: «أَعْذر الله إلى رجل بلّغه الستين من عمره» (ޢުމުރުން 60 އަހަރަށް ފޯރައިފިމީހާ ފުށުން ޢުޛުރެއް، ﷲ ބައްލަވާ ވޮޑިގެން ނުވެއެވެ.) — އެހެނީ މިކަންކަމުން އޭނައަށް ހޭވެރިކަން ގެނުވާތީއެވެ. ˺އަދި ޙުއްޖަތަކަށް ފުދޭތީއެވެ.˹
މިސަބަބަށްޓަކައި އަހަރެމެން ބުނަމެވެ: މިއީ ޝަރީޢަތުގެ ލަނޑުދަނޑިތަކުގެ ތެރެއިން ވާ ކަމެކެވެ. އެހެންކަމުން މިކަމުގައި މި ޙާލަތް އައުން ނަހީ ކުރެވުނެވެ. [އެބަހީ ޣާފިލުކަމުގެ ޙާލަތެވެ.]
އެހެނަސް ˺އޭގެ ޒާތުގައި˹ އޭނާއަށް އެކަން ހުއްދައެވެ. އަދި މިކަމަކީ ˺ޙާލަތުގެ މައްޗަށް އޭގެ ޙުކުމް˹ ފުރޮޅޭ އެއްްޗެއް ކަމުގައި އަންގައިދޭ އަނެކެއްޗާކީ، ބައެއް ސަލަފުންގެ އަރިހުން މިކަން އައިސްފައިވުމެވެ. އަލްޙަސަން އާއި އަލްޙުސައިން އެދެބޭކަލުން ވެސް ކަޅުކުލައިން ކުލަޖައްސަވާކަމުގައެވެ. ވީމާ އަޞްޙާބު- ބޭކަލުންގެ ޢަމަލުފުޅުން ދަލީލުކޮށްދެނީ މިކަން ˺އޭގެ ޒާތުގައި˹ ހުއްދަކަމެވެ. އަދި މިއީ ޙުކުމް ފުރޮޅޭ ތަކެތިން ކުރެ އެއްޗެއް ކަމެވެ. والله أعلم. ❝
~ އައްޠަރީފީގެ ބަސްކޮޅު ، ނިމުނީ.
🌙 ޝަޢްބާން މަހު ރޯދަ ހިފުމުގެ މާތްކަން - ސުލައިމާން ބިން ނާޞިރު އަލްޢަލްވާން
💬 ފަތުވާ، ތާނައިން
🎤އޯޑިއޯ: ހިދާޔާ ރޭޑިއޯ
❝...Also along with the [issue of] man-made laws [being kufr], there are many articles included in them which are also from the nullifiers [of Islam]. If these nullifiers found in man-made laws were to be collected, they would exceed one hundred; thus, the issue is not one of a single nullifier. The greatest of these, which is now well-known, is the equality between Muslims and disbelievers. This is one of the articles of man-made laws, which states that there is no difference between a Muslim and a kāfir, and they say, “The homeland is for everyone” ⁽¹⁾. This is a nullifier [of Islam] upon which there is consensus. ❞
— Shaykh Sulaymān Al-ʿAlwān (text)
~ Galandān 🖋
----------------------------
[1] And sometimes more explicitly,
الدين لله والوطن للجميع
“The religion is for Allah and the home land is for all.” This is even clearer in its kufr.
📌A Benefit:
▶️يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَدۡخُلُواْ بُيُوتَ ٱلنَّبِيِّ إِلَّآ أَن يُؤۡذَنَ لَكُمۡ إِلَىٰ طَعَامٍ غَيۡرَ نَٰظِرِينَ إِنَىٰهُ وَلَٰكِنۡ إِذَا دُعِيتُمۡ فَٱدۡخُلُواْ◀️
O you who believe! Enter not the Prophet’s houses, unless permission is given to you for a meal ˹and if invited for a meal˺, do not ˹come too early and˺ linger until the meal is ready. But if you are invited, then enter ˹on time˺. (33:53)
Ibn Kathīr said:
˹After general prohibition˺ Allah then brought exception upon it and stated “...unless permission is given to you for a meal, ˹and if invited for a meal˺, do not ˹come too early and˺ linger until the meal is ready....”
Mujāhid, Qatādah and others said: “That is, not waiting until the food is ready.” In other words, do not watch out for food, until it is almost ready, then you enter. This is something that Allah dislikes and condemns.
This indicates that al-Taṭfīl is forbidden, al-taṭfīl is what Arabs call when people are ḍayfān [i.e. impose on people without an invitation]
(The word al-ḍayfān means: The one who intrusively follows a guest; a person who enters an invitation by clinging to a guest who was invited).
Al-Khatīb Al-Baghdādī wrote a book condemning this, the act of Al-Ṭafīliyyīn , and mentioned more things about this topic than we can quote here.
③
[5] Supporting the oppressed is a mandatory duty for anyone aware of such oppression and able to offer assistance. It is also a communal duty, as it removes evil and protects Muslims from harm.
[6] Regarding responding to invitations, this is general (to all invitations) and the general rule is that acceptance is desirable unless there is a reason to decline (such as if the invitation involves something objectionable, like sinful activities).
Jurists differed on the aforementioned basic ruling (that it is merely mustaḥabb) in the case of wedding invitations: Is it obligatory or not?
[The majority hold that attending a wedding feast is an individual obligation. This is the view of the Mālikīs, Shāfiʿīs —according to the correct opinion, and Hanbalīs. It is also the opinion of some Hanafis. It is also the opinion of Ẓāhirīs. Some scholars have mentioned a consensus on this point, though the correct view is that it is the opinion of the majority.]
Some also saw leniency in the excuses offered for not responding to the invitation...
Some offered an exception to this general rule (i.e., that responding to invitations is desirable). They argued, "People of virtue should not rush to respond to invitations," or words to that effect. Thus, they presented this exception to the general rule, specifically for virtuous people responding to invitations. The validity of this view is debatable.
[7] "Spreading Salām” means manifesting and announcing it. The welfare of affection is connected to this, as indicated in another ḥadīth, in which the Prophet (peace and blessings be upon him) said:
{ أَوَلاَ أَدُلُّكُمْ عَلَى شَىْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ أَفْشُوا السَّلاَمَ بَيْنَكُمْ }
“Shall I not guide you to something that, if you do it, will foster love amongst you? Spread Al-Salām among yourselves.”
[Regarding initiating the salām, most scholars consider it a recommended act. While some scholars consider it obligatory, this is the view of Shaykh al-Islam Ibn Taymiyyah. We previously highlighted this issue.]
~ Galandān 🖋