qalandhar | Unsorted

Telegram-канал qalandhar - Galandān ގަލަންދާނު

2463

ޢިލްމު އަދި އެއަށް ލޯބިކުރާ ދަރިވަރުންނަށް Notes by, ibn Fahmī Dīdī عفا الله عنه Friends & family 🤖 Contact: @galandan_bot 🌐 English: @galandaan

Subscribe to a channel

Galandān ގަލަންދާނު

ޙާލަތްތައް:
1️⃣ހަށަންބަންތަކުބީރުގައި (މިއީ އިޖުމާޢު އިން ސުންނަތެއް، އަދި ބައެއް ބޭކަލުން މިޙާލަތުގައި މިކަން ވާޖިބޭވެސް ވިދާޅުވި.)
⬆️މީގައި: ތަކްބީރު ކިޔާފައި އަތްނެގިޔަސް، ތަކްބީރު ކިޔަމުން އަތްނެގިޔަސް، އަތްނަގާފައި ދެން ތަކްބީރުކިޔަސް، މިތިން ޞިފަވެސް ޞައްޙައެވެ.
2️⃣ރުކޫޢު އަށް ދާއިރު
3️⃣ރުކޫޢު އިން ތެދުވަމުން
4⃣ފުރަތަމަ އައްތަޙިއްޔާތަށްފަހު ތެދުވަމުން

ސުންނަތުން ޘާބިތު ޞިފަތައް:
⬆️ކޮނޑާއި އެއްހަމަޔަށް
⬆️ކަންފަތާއި އެއްހަމަޔަށް
⬆️އަދި ތަފްޞީލާއިއެކު: ކަންފަތުގެ (މަތީ) ކައިރިއާ އެއްހަމަޔަށް އިނގިލިތައް ހުންނަ ވަރަށޭ)
⬆️މީގެ މައްޗަށް ބަލައި: އެދެމެދުވެސް އޭ.
⬆️އޭގެ އިތުރުން:
⬆️އަތްތިލައިގެ ކަޅުހަން މީހާއާއި ވީ ފަރާތަށް (އެހެނަސް ބަނޑުފުށް ޤިބުލަޔަށް ދިއްކޮށްފައި ބެހެއްޓެވިކަމަށް ޟަޢީފެވެ.)
⬆️އިނގިލިތައް ނުލަންބައި (އަދި އެ ފޭކުރެއްވިކަމަކަށް ޞައްޙައެއް ނުނެވެ.)

އަޞްޙާބު ބޭކަލުންގެ ޢަމަލުފުޅުން:
އިބްނު ޢުމަރު އަރިހުން:
⬆️ކޮނޑަށްވުރެ ތިރިޔަށް ⁽¹⁾ އަދި
⬆️މެޔާއި އެއްވަރަށް ނޫނީ އެއަށް ވުރެ ތިރިޔަށް

⚠️ބަލިކަށި ރިވާޔަތްތައް:
⬆️ޤިބުލަޔާއި ދިމާލަށް އަތްތިލައިގެ ބަނޑުފުށް ބެހެއްޓުން (ވީމާ މިއީ ސުންނަތެއް ގޮތުގައި ކުރުން ޘާބިތެއް ނޫނެވެ.)
⬆️އިނގިލިތައް ދެމެދު ފޭކޮށްފައި ބެހެއްޓުން
⬆️ކަންފަތުފޫޅާއި ހަމަޔަށް ނެންގެވިޔޭ (މިރިވާޔަތް ވަނީ މެދުކެނޑިފައެވެ.⁽²⁾ އެހެނަސް މިމާނަ ކަންފަތާއި ކޮނޑާއިހަމަޔަށް ހުރި ރިވާޔަތް ތަކުގެ ތެރެއަށް ވަދެއެވެ.)

ބިދުޢަ:
⬆️ކަންފަތު ފޫޅުގައި ބޮޑުވައި އިނގިލި ޖެއްސުން



~ ގަލަންދާނު 🖋

ــــــــــــــــــ
[1] ރިވާކުރެއްވީ މާލިކު، މުވައްތައު ގައެވެ. އަދި އަލްޢައްލާމާ އަލްމުޢައްލަމީ އަލްޔަމާނީ މިރިވާޔަތް ޞައްޙަކުރައްވައި އަބޫ ދާވޫދު ގެންނެވި ނާފިޢުގެ ރިވާޔަތާއިއެކު ގެންނަވައި ވިދާޅުވިއެވެ: ”މި އެންމެހާ ރިވާޔަތެއް ޖަމްޢު ކުރުމުން އެނގިގެންދަނީ އިބްނު ޢުމަރު ދެކިވަޑައިގެންނެވީ އަތްއުފުލުމުގެ އެންމެ ފުރިހަމަ ގޮތީ ކޮނޑާއި އެއްހަމަޔަށް ކަމެވެ.
އަދި އެސުންނަތް އަޞްލު އެއަށްވުރެ ތިރިންވެސް ޙާޞިލުވާކަމެވެ. ވަކިން ޚާއްޞަކޮށް އެއަށް ޢުޛުރެއް އޮވެއްޖެ ހިނދުގައެވެ...“ آثار المُعْلَمِي اليماني (11/41)
[2] ޢަބްދު ﷲ އައްސަޢްދު، އަބޫ ދާވޫދުގެ ތަޢްލީޤުގައި.
ނޯޓް: އިތުރު ތަފްޞީލަށް: އައްޠަރީފީގެ ނާމާދުފޮތަށް ރުޖޫޢަވޭ.

Читать полностью…

Galandān ގަލަންދާނު

⚠️⚠️

We have been notified that our "free" bot (@galandan_bot) via @LivegramBot , posted ad-content without notification. *Please ignore*

ℹ️We will be moving to a new, ad-free bot soon, insha Allah.

~ Galandān 🖋

Читать полностью…

Galandān ގަލަންދާނު

📻 ހިދާޔާ ރޭޑިއޯ [ދިވެހި]

/channel/HidayaRadio

Читать полностью…

Galandān ގަލަންދާނު


މުޚްތައްޞުގެ ޝަރަޙައިގައި އައްދަރްދީރު ވިދާޅުވިއެވެ: ”{އަދި މަހާނައަކީ} ބައިގެންދާ ކުއްޖާގެ ފިޔަވައި {އެއެއް ހުރަސް ކުރެވުން ނުވާ ހުރަހެކެވެ.} އެބަހީ: އެއުފިލިފައި ހުރެ، އޭގެ ތިރިއަށް މަގެއް އޮވެއްޖެ ހިނދުގައެވެ. އެހެން ނެތިއްޖެނަމަ، އެކަން ހުއްދައެވެ. ފައިވާނާއި އެކީގައިވިޔަސް އެވެ.“— اهـ.

އަދި ކުވޭތުގެ الموسوعة الفقهية ގައި ބަޔާންވެވުނެވެ: ”މައްޔިތާއަށް ކަމޭހިތުމުގެ ގޮތުން މަހާނައަކީ އިސްލާމީ ޝަރީޢަތުގެ ޙުރުމަތް ކުރެވިފައިވާ އެއްޗެކެވެ. މީގެ މައްޗަށް، ޢިލްމުވެރިން ވަނީ މަހާނައެއް މައްޗަށް ފައިން އެރުން މަކުރޫހަ ކުރައްވާފައެވެ. އަދި އޭގެ މަތީ ހިނގުންވެސްމެއެވެ. އެއީ ނަބިއްޔު ﷺ އަރިހުން މަހާނަމައްޗަށް ފައިންއެރުމުގެ މައްޗަށް ވާރިދުވެފައިވާ ނަހީގެ މައްޗަށެވެ. އެހެނަސް މާލިކީން މި މަކުރޫހަކަން ޚާއްޞަ ކުޅައީ ބިންގަނޑަށްވުރެ (މިންވަރެއް) އުފުލައިފައިވާ މަހާނަތަކަށެވެ. ހަމައެފަދައިން ޝާފިޢީންނާއި ޙަންބަލީން ޙާއްޖަތްތަކުގައި އެމަކުރޫހަކަން ކަނޑުއްވައި އިސްތިޘްނާކުރެއްވިއެވެ. އެއީ މިޘާލަކަށް އޭނާ ˺ޒިޔާރަތްކުރާން ގަސްތުކުރާ˹ މައްޔިތާގެ މަހާނައަށް އެނޫން މަހާނައަކަށް އަރައިގެން މެނުވީ ދެވޭން ނެތުމެވެ.“— اهـ.

— އިސްލާމްވެބުގެ ފަތުވާ 301492 މިހިސާބަށް ނިމުނީ.


📝އަހަރެން ބުނަމެވެ: އައްޝާފިޢީގެފާނު (الأم 1/316) ގައި ވިދާޅުވިއެވެ: ”މަހާނަމައްޗަށް އެރުމަށް އަހަރެން ނުރުހެމެވެ. އަދި އޭގައި އިށީނުމާއި އޭގައި ލެނގުންވެސް އެވެ. އެހެނަސް އެއީ އެމީހާގެ މައްޔިތާގެ (އެބަހީ: ޒިޔާރަތް ކުރުމަށް ގަަސްތުކުރާ) ޤަބުރަށް، މަހާނަޔަކަށް އަރައިގެން ނޫނީ ދެވެން މަގެއް ނެތް މީހަކަށް މެނުވީއެވެ. އެހެނީ މިއީ ޟަރޫރަތުގެ ޙާލަތެކެވެ. އަހަރެންގެ އުއްމީދަކީ އެހިނދުގައި އޭނާއަށް އޭގައި އިޚްތިޔާރުގައި ފުޅާކަން ދެވުމެވެ. إِنْ شَاءَ اللَّهُ“

އަދި ބަޔާންވެދިޔަ ޙަންބަލީންގެ އިބްނު ޤުދާމާ "الكافي" (1/ 372) ގައި ބަސްފުޅު މިކަމުގައި ޞަރީޙައެވެ: ”ޒިޔާރަތް ކުރާ ޤަބުރަށް އެހެން ޤަބުރެއް މައްޗަށް އަރައިގެން މެނުވީ ދެވެން ނެތް ނަމަ، އެކަން ޖާއިޒެވެ. އެހެނީ އެޙާލަތަކީ ޙާޖަތެކެވެ.“— اهـ.



⚙️ގަބުރުތަކުގެ މެދުގައި ފައިވާނަށް އަރައިގެން ހިނގުމާއި އެޔާއި ވިދިގެންވާ ބައެއް އަޙުކާމުތައް

އަލްޢަލްވާން ވިދާޅުވިއެވެ:

”ފައިވާނަށް އަރައިގެން މަހާނަ ތަކުގެ މެދުގައި ހިނގުމާއިމެދު ދެޙާލަތެއް ވެއެވެ:
🔸ފުރަތަމަ ޙާލަތަކީ އޭނާ މަހާނަތަކުގެ ދެމެދުން ހިނގުމެވެ. މިކަން އޭނާއަށް މަނަޢުވެގެން ވެއެވެ.
🔸ދެވަނަ ޙާލަތަކީ: (ޤަބުރުސްތާނުގެ ކޯއްޓޭ ތެރޭގައި) ކައިރީގައި މަޙާނަތަކެއް ނެތި، ހިނގަން ކަނޑާފައި އޮންނަ މަގެވެ. މިކަން ހުއްދައެވެ. އެއީ ދެޞަޙީޙުގައި ނަބިއްޔު ﷺ އަރިހުން ވާރިދުވެފައިވާ ޙަދީޘުގެ މައްޗަށެވެ: «...وإنه ليسمع قرع نعالهم» ”އަދި އޭނާއަށް (އެބަހީ: މައްޔިތާއަށް) އެވެރިންގެ ފައިވާންތަކުގެ އަޑު އިވޭނެއެވެ.)

އަދި މިބުނެވުނު ޙަދީޘުން އިތުރުއެކަލޭގެފާނު އަރިހުން ވާރިދުވެފައިވާ «يَا صَاحِبَ السِّبْتِيَّتَيْنِ» ޙަދީޘެއް ނަފީ ނުކުރެތެވެ.

[އެއީ އައްނަސާއީ އައި އެނޫން ބޭކަލުން ރިވާކުރެއްވި ބަޝީރު ބުނުލް ޚަޞާޞިއްޔާގެ ޙަދީޘެވެ. އޭގައިވެއެވެ: ”...އަދި ފައިވާނަށް އަރައިގެން ހުރެ މަހާނަތައް މެދުން ހިނގާފައި ދާ މިހެއް އެކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ. އެހެންކަމުން ޙަދީޘު ކުރެއްވިއެވެ: «يَا صَاحِبَ السِّبْتِيَّتَيْنِ أَلْقِهِمَا» ”އޭ السِّبْتِيَّتَيْنِ ގެ ޞާޙިބެވެ. ތި ބާލާށެވެ.“ (السِّبْت އަކީ ގެރިބަކަރި ހަން ހިއްކައި މަޑުކޮށް އޭގެ ކެހެރި ފިލުވައިގެން ހަދާ އޮމާން މަޑު ހަމެވެ. ލެދަރެވެ. السِّبْتِيَّتَيْنِ އޭ ނިސްބަތް ވަނީ އޭގެ ފައިވާން ޖޯޑަށެވެ.)]

އެހެންކަމުން މިޙަދީޘް މާނަކުރެވުން ވަނީ އެބޭލުން ލާޒިމުވަނީ މަހާނަތަކުގެ މެދުގައި އޭނާ ހުންނަ ހިނދުގައި ކަމެވެ. އަދި މައްޔިތާއަށް އޭގެ އަޑު އިވުން ވަނީ އޭނާ އެތާނގެ ހިނގާން އޮންނަ މަގުގައި ވާހިނދުގައިކަމެވެ.“

ދަރިވަރު: «يَا صَاحِبَ السِّبْتِيَّتَيْنِ..» މިޙަދީޘާއިމެދު ޚިލާފެއްވޭތޯއެވެ؟

އަލްޢަލްވާން: ”އޭގެން ދޭހަވާ މާނައިގައި ޚިލާފެއް ވެއެވެ. އަދި އޭގެ ޘާބިތު ކަމާއިމެދުގައިވެސް ޚިލާފެއް ވެއެވެ.

«يَا صَاحِبَ السِّبْتِيَّتَيْنِ..» މިޙަދީޘަކީ ޖައްޔިދު ޙަދީޘެކެވެ. (އެބަހީ ޙަސަން ދަރަޖައާއި ގާތެވެ.) އެފަދަ ރިވާޔަތްތައް ބޭނުން ކުރެވިދާނެއެވެ. (އަނެއް ކަމަކީ އޭގައި ދޭހަވާ މާނައާއި މެދުގައެވެ.) އަދި ބައެއް ބޭކަލުން މިއީ ހަމައެކަނި السبتية ފައިވާނަށޭ ވިދާޅުވެއެވެ. އެނޫން (ތަކެއްޗާއި) ލެދަރު ތަކަށް ނޫން ކަމުގައެވެ. އަދި އޭގައި ޚިލާފެއް ވެއެވެ.“ —اه‍ـ. (އަލްޢަލްވާން ގެ ބަސްކޮޅު މިހިސާބަށް، މިއޯޑިއޯ އިން)

Читать полностью…

Galandān ގަލަންދާނު


މިކަމުގައިވާ ޚިލާފުގެ މައްޗަށް އޮތް ތަފްޞީލު

ފުރަތަމަކަމަކަށް، ފިޤުހު ޢިލްމުވެރި ވަނީ ”ވަޅުލުމުގެ ކަންތަކުގައި“ މަހާނައިގައި އިށީނުމުގެ މައްޗަށް ހުއްދަވާ ކަމުގެ މައްޗަށް އިއްތިފާޤުވެލައްވާފައެވެ. ހަމައެފަދައިން އެބޭކަލުން ވަނީ، ޤަޟާޙާޖާ ކުރުމަށް އޭގެ ދޮށުގައި އިށީނުން ހުއްދަ ނޫން ކަމުގެ މައްޗަށް ވެސް އެކީއެއްކޮށް އިއްތިފާޤުވެލެއްވިއެވެ.

ދެން މަހާނައިގައި އިށީނުން ނަހީ އައިސްފައިވާ ޙަދީޘް ތަކުގެ މުރާދަ އާއިމެދު އެބޭކަލުން އިޚްތިލާފުވެލެއްވިއެވެ.

⬆️އެގޮތުން އޭގެތެރޭގައި މަހާނައިގައި އިށީނުން ހުއްދަ ކުރެއްވި ބޭކަލުން ވިއެވެ. އަދި އެކަމުގައި އޮތް ނަހީ ނެންގެވީ އެއީ އަނގަތަޅަން ތިބުމާއި ޤަޟާޙާޖާކުރުމަށް އިށީނުމުގެ މައްޗަށް ކަމެވެ. ވީމާ މިއީ އޭގައި އޮތް މައްޔިތާއަށް އިޙްތިރާމު ކުރުމުގެ ބާބުގެ ދަށުންނެވެ. އެހެނީ (ޙަދީޘުގައިވާ ފަދައިން) މައްޔިތެއްގެ ޙުރުމަތަކީ ހަމަ ދިރިހުރި މީހެއްގެ ޙުރުމަތް ފަދައެވެ.

އަދި މިއީ އަބޫ ހުރައިރަތުގެފާނާއި ޒައިދުބުނު ޘާބިތުގެފާނު رضي الله عنهما ފަރާތުން ވާރިދުވެފައިވާ ވަޖުހެވެ. ހަމައެފަދައިން ބައެއް އަޞްޙާބު ބޭކަލުން މަހާނަދޮށުގައި އިށީންނަވައި ތިއްބެވުން ވާރިދުވެފައި ވެއެވެ. އެއީ ޢަލީ ބުނު އަބީ ޠާލިބާއި ޢަބްދު ﷲ ބުނު ޢުމަރު رضي الله عنهما ފަދައިންނެވެ. އަދި މިއީ އިމާމް މާލިކުގެ ރައުޔެވެ. އަދި އިމާމު އައްޠަޙާވީ މިރައުޔު އިމާމު އަބޫ ޙަނީފާ އާއި ދަރިވަރުންގެ ފުށުން ނަޤުލު ކުރެއްވިއެވެ.

⬆️ދެންފަހެ ޝާފިޢީންނާއި ޙަންބަލީންނާއި މެދު ދަންނައެ، އެވެރިން މިނަޙީ މާނަ ކުރަނީ މަކުރޫހައިގެ މާނައިގައެވެ. ޙަރާމް ގެ ގޮތުގައެއް ނޫނެވެ. އަދި މިޙުކުމް (އެބަހީ: މަކުރޫހަކަން) އޭގައި އިށީންނަ އެންމެހާ އިށީނުމަކަށް ޝާމިލުކުރެއެވެ. ޙާޖަތަކަށްޓަކައި އިންނަ އިށީނުމަކަށް މެނުވީއެވެ. މިޘާލަކަށް އޭނާ ޒިޔާރަތް ކުރާ ޤަބުރު ދޮށަށް ޤަބުރެއް މައްޗަށް އަރައިފައި މެނުވީ ދެވެން ނެތުން ފަދައެވެ. އަދި ވަޅުލުމުގެ ކަންތަކުގަޔާއި ...އޭގައި ދުޢާ ކުރުމާއި މިމާނައިގައި ހުރި ކަންތަކުގައި މެނުވީއެވެ. (އެފަދަ ޙާޖަތްތަކުގައި އެކަމުގައި މިންނަގާނެވުނު މަކުރޫހަކަން އުވިދެއެވެ.) އަދި (އިހު ބަޔާން ވެވުނު ފަދައިން އައްތަޙާވީ ނަޤުލުކުރެއްވި ގޮތާއި ޚިލާފަށް) ޙަނަފީ މަޛުހަބުގެ ފޮތްތަކުގައި ލިޔެވިފައިވާ ރައުޔަކީވެސް ފަހުން މިބުނެވުނު ރައުޔެވެ. (ނަހީގެ އަޞްލަކީ، މަކްރޫޙަ ކަމުގައެވެ.) އަދި މިއީ ސަލަފުންގެ ތެރެއިން ޖަމާޢަތެއްގެ އަރިހުން ވާރިދުވެފައިވާ ރައުޔެކެވެ.


އަލްއިމާމް އަލްބާޖީ އަލްމާލިކީ "المنتقى" (2/ 24، ط. مطبعة السعادة) ގައި ވިދާޅުވިއެވެ: މަހާނައިގައި އިށީނުން ނަހީވުން، މާލިކު رحمه الله ތައުވީލު ކުރެއްވީ ޤަޟާޙާޖާއަށް އިށީނުމުގެ މައްޗަށެވެ. އަދި މާލިކުގެ ޤަޥްލާއި އެއްފަދައިން: ޒައިދު ބުނު ޘާބިތު رضي الله عنه އަރިހުން ވެއެވެ. އަދި ފާޅުވެގެންވާ އެއްޗަކީ މިގޮތެވެ. އެހެނީ ނަބިއްޔު ﷺ ޤަބުރަށް ޒިޔާރަތް ކުރައްވައި ހެއްދެވިއެވެ. އަދި އެއަށް ޒިޔާރަތް ކުރުން ހުއްދަވެސް ކުރެއްވިއެވެ. އަދި މުސްލިމުންގެ މެދުގައި ވަޅުލުމުގައި އޭގައި އިށީނުމާއިމެދު ޚިލާފެއް ނުވެއެވެ. އެހެންކަމުން (ނަހީގެ އޮތް) ޙާދީޘް ނެގެވުން ވަނީ މިމާނައިގައެވެ. އަދި އެއާއި (އަލްބުޚާރީގައި) ޢަލީ رضي الله عنه ރިވާކުރެއްވި ޙަދީޘާއި އެކަލޭގެފާނުގެ ޚުދު ޢަމަލުފުޅު ޖަމަޢަކޮށްގެން (މުޑިނާރާހެން) މާނަކުރުމެވެ.“ — اهـ.

އަދި "التاج والإكليل" (3/ 74، ط. دار الكتب العلمية) ގައި މާލިކީ އިމާމް، އަލްމައްވާޤު ވިދާޅުވިއެވެ: އަހަރެމެންގެ ގާތުގައި މާހާނައިގައި އިށީނުން ޖާއިޒެވެ. އަދި އެކަމުގައި ނަހީ އައިސްފައިވާ މުރާދަކީ ބޮޑުކަމުދިޔުމާއި ކުޑަކަމުދިޔުމުގެ މައްޗަށެވެ. އަދި މާލިކް މިފަދައިން ތަފްސީރު ކުރެއްވިއެވެ. އަދި ނަބިއްޔު ﷺ އަރިހުން މިގޮތަށް ތަފްސީރު ރިވާވެފައިވެއެވެ. އަދި ޢަލީ رضي الله عنه މަހާނައިގައި ބޯއަޅުއްވައި އިށީންނަވައި ހެއްދެވިއެވެ.“— اهـ.

ޙަންބަލީންގެ އިމާމު އިބްނު ޤުދާމާ "الكافي" (1/ 372، ط. دار الكتب العلمية) ގައި ވިދާޅުވިއެވެ: ”ޒިޔާރަތް ކުރާ ޤަބުރަށް އެހެން ޤަބުރެއް މައްޗަށް އަރައިގެން މެނުވީ ދެވެން ނެތް ނަމަ، އެކަން ޖާއިޒެވެ. އެހެނީ އެޙާކަތަކީ ޙާޖަތެކެވެ.“— اهـ.

އަދި އަލްޢައްލާމާ އަލްޙާއްޖާވީ އަލްޙަންބަލީ "الإقناع" (1/ 233، ط. دار المعرفة) ގައި ވިދާޅުވިއެވެ: ”އަދި އޭގެ ދޮށުގައި ގެ އެޅުން މަކުރޫހަވެގެންވެއެވެ .. އަދި އިށީނުމާއި އޭގެ މައްޗަށް ފައިން އެރުންވެސްމެއެވެ. އަދި ބައެއް ބޭކަލުން ވިދާޅުވިއެވެ: ޙާޖަތަކަށްޓަކައި މެނުވީއޭ އެވެ.“ —اهـ.

— މިހިސާބަށް ދާރުލް އިފްތާގެ ފަތުވާ 7907 އިން.

Читать полностью…

Galandān ގަލަންދާނު

All Ponzi schemes (AKA Pyramid schemes), like GMCE, are ḥarām. The details of the ruling were published as early as 2002 after a Ponzi scheme from a Pakistani company, BIZNAZ, swept across the subcontinent, Saudi Arabia, and the Middle East. (Ref.) Subsequently, scholars published multiple fatwās clarifying the issue (Ref.). Among the earliest of these was the fatwā by the Standing Committee of Saudi Arabia. (Ref., IslamQA, Fatwā no. 42579, English).

~ Galandān 🖋

Читать полностью…

Galandān ގަލަންދާނު


📝 އަދި ފާޖިރަކީ، ފާޅުގައި ފާފަކުރާ ނުވަތަ މުޑުދާރުވާހަކަ ދައްކައި އުޅޭ ކޮންމެ މީހަކަށް ބުނެއުޅޭ ޢާންމު ނަމެކެވެ. އެ ވިޔާނުދާ ވާހަކަތައް އިވޭ ކޮންމެ މީހަކަށް އެފަދަ ވާހަކަ ދައްކާ މީހެއްގެ ހިތުތެރޭގައިވާ ފާޖިރުކަމަށް ހެކިލިބެއެވެ.

މިސަބަބަށްޓަކައި، ބިދުޢަ ފާޅުކޮށްފިމީހާ ނުވަތަ އުރެދުން ނޫނީ ފާޖިރުކަން ނޫނީ ފާހިޝުކަން ފާޅުކޮށް ކުރާމީހާ ހަޖަރު ކުރަން ޖެހެއެވެ. (އެބަހީ: އޭނާއާއި ގުޅުންކަނޑާލައި ދުރުހެލިވުމެވެ.) ނުވަތަ މިފަދަ ޙާލަތުގައިވާ މީހާ އާއި އެއްވެއުޅޭ މީހާ އާއިވެސް ގުޅުންކަނޑާލަން ޖެހެއެވެ. އެހެނީ މީހުންގެ ބަދުބަހަކަށް މީނާ ތުރާލެއް ނުދެއެވެ. ❝

—އިބްނު ތައިމިއްޔާ ގެ ބަސްކޮޅު ނިމުނީ. ޚުލާޞާ ގޮތެއްގައި مجموع الفتاوى (15/285-286) އިން. (ބަސްކޮޅު)



⚙️ފައިދާއެއް: އިބްނު ބާޒު ވިދާޅުވިއެވެ:

❞ ދެންފަހެ އުރެދުންތަށް ދައްކައިގެން ކުރާމީހާ އަދި މީސްތަކުންގެ ތެރޭގައި ފާޅުކުރާ ˺މިޘާލަކަށް˹ މީސްތަކުން ތެރޭ ރާބޮއެހަދާ މީހާ އަދި ޖަމާޢަތުގައި ނަމާދު ނުކުރާ މީހާ ، މިިފަދަމީހުންނާއި މެދު ދަންނައެ، އެވެރިން އެ ފާޅު ކުރާ ކަންތައްތަކުގައި އެވެރިންނާއި މެދު ޣީބައެއް ނުވެއެވެ. މާރުކޭޓުތަކުގެ ތެރޭ ދުންފަތްބޯ މީހާއާއިމެދު ޣީބައެއް ނުވެއެވެ. މީސްތަކުންނަށް ދައްކަން ތުނބުޅިބާލައިގެން ހުންނަ މިހާއާއި މެދު ޣީބައެއް ނުވެއެވެ.

އެހެނަސް އޭނާގެ ކަންތަކުގައި އޭނާގެ އަނބުރުގެއްލޭ ގޮތުގައި ވާހަކަ ނުދައްކައި އަދި އޭނާއަށް ސިއްރުން ނަޞޭޙަތް ދިނުމުގައި މަޞްލަޙަތެއް ވާކަމުގައި ފެންނަނަމަ، މިއީ ހެވަކަށް ވެދާނެއެވެ. އަދި ބޮޑު ހެވެއް އޭގެން ނިކުތުންވެސް އެކަށީގެން ވެއެވެ. ❝


⚙️ފައިދާއެއް: މައުޟޫޢު އާއި ގުޅުން ހުރި ބަޔެއް ލިޔުން:

⬆️ތުހުމަތުނުބައި ކަމެއްގެ ގުންޑޮޅިމައްޗަށް އެރުމާއިމެދު އޮތް ނުރުހުންތެރިކަން
⬆️ކާކުކަން ދެނެގަތުމުގެ ގޮތުން މިވެނި މީހަކީ އަވަރު މީހެކޭ ނުވަތަ މިވެނި މީހަކީ ކޮރު މީހެކޭ ބުނުމުގެ ޙުކުމް
⬆️މީސްތަކުން ޣީބަ ބުނެއުޅޭ ބައެއް ގޮތްތައް…
⬆️މީސްތަކުން ޣީބަ ބުނެއުޅޭ ބައެއް ގޮތްތައް… (އިންފޮގްރެފިކް)
⬆️އައްނަމީމާ އަކީ ކޮބާ؟



~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

⚠️އިސްލާމުންނަށް ޢަދާވާތްތެރިކަން ފާޅު ނުކުރާ ކާފަރުންނާއި މެދު ރިވެތިކޮށް ކަންތައް ކުޅައުމާއި އެބައެއް ފުށުން މަދަދެއް ލިބިއްޖެ ކާފަރުންގެ އެ ހެޔޮކަމަށް އިޢުތިރާފުވުން އިސްލާމްދީން މަނަލެއް ނުކުރެއެވެ.


❞ އިސްލާމް ދީނުގެ އަޞާޞުތަކުގެ ތެރޭގައި އަދި އޭގެ ބިންގަލުގެ ތެރެއިންވާ އެއްކަމީ ކާފަރުން ދެކެ ނަފުރަތު ކުރުމެވެ. އަދި އެއުރެންނަށް ޢަދާވާތްތެރިކަން ފާޅު ކުރުމެވެ. އެހެނަސް އެއުރެންގެ ޢަދާވާތްތެރިކަން މުސްލިމުންނަށް ފާޅުނުކުރާ ކާފަރުން، އަދި މުސްލިމުންނާއި ހަނގުރާމަ ނުކުރާ ، އަދި މުސްލިމުންނާއި ދެކޮޅަށް ˺ޢަދުއްވުންނަށް˹ އެހީތެރިކަން ނުދޭ ކާފަރުން، މިޤަވާޢިދުން (އެބަހީ: ޢަދާވާތްތެރިކަން އެބަޔަށް ފާޅުކުރާންޖެހޭ މީހުންގެ ތެރެއިން) އިސްތިޘްނާވެގެން ވެއެވެ. އަދިކިއެއްތަ؟ ފަހަރެއްގައި ބައެއް ޙާލަތްތަކުގައި އެވެރިންނީ މުސްލިމުންނަށްވާ އެހީތެރިން ތަކެއް ގޮތުގައިވެސް ނެގެވިދާނެއެވެ. އެއީ ހެޔޮލަފާ ކަންކަމާއި ޢަދުލުވެރި ކަންކަމުގައެވެ. ﷲ تعالى ވާޙީ ކުރެއްވިފަދައިންނެވެ:

▶️لَّا يَنۡهَىٰكُمُ ٱللَّهُ عَنِ ٱلَّذِينَ لَمۡ يُقَٰتِلُوكُمۡ فِي ٱلدِّينِ وَلَمۡ يُخۡرِجُوكُم مِّن دِيَٰرِكُمۡ أَن تَبَرُّوهُمۡ وَتُقۡسِطُوٓاْ إِلَيۡهِمۡۚ إِنَّ ٱللَّهَ يُحِبُّ ٱلۡمُقۡسِطِينَ◀️ [الممتحنة 8]
(މާނައީ: ތިޔަބައިމީހުންގެ دين އާހުރެ، ތިޔަބައިމީހުންނާ ހަނގުރާމަނުކުރާ، އަދި ތިޔަބައިމީހުންގެ ގޮވަތި ގެދޮރުން ތިޔަބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ތިޔަބައިމީހުން ހެޔޮކޮށްހިތައި، އަދި އެއުރެންނަށް عدل ވެރިގޮތުގައި ކަންތައް ކުރުން، اللَّه ތިޔަބައިމީހުންނަކަށް މަނައެއް ނުކުރައްވަތެވެ. ހަމަކަށަވަރުން، عدل ވެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ.)

އަދި ނަބަވީ ސީރަތުގައި ޚުޒާޢާ ޤަބީލާގެ މުސްލިމުންނާއި ކާފަރުން، ދެބައިމީހުންވެސް، ޢަސްކާރީ އިރުޝާދުތައް ނަބިއްޔު ﷺ އަށް ދެއްވެވިކަމުގައި ވާރިދުވެފައި ވެއެވެ. އަދި ނަބިއްޔު ﷺ އެކަލޭގެފާނުގެ އަޞްޙާބުން ޙަބަޝާއަށް ހިޖުރަކުޅައުމަށް އިޛުނަދެއްވެވިއެވެ. އަދި އެއީ ދާރުލް ކުފުރެކެވެ. އަދި އެބޭކަލުންނަށް ޙަދީޘް ކުރެއްވިއެވެ: «إِنَّ فِيهَا مَلكَاً لَا يُظْلَم أَحَدٌ عِنْدَهُ» (މާނައީ: އޭނާގާތުގައި ވާ އެކަކަށްވެސް އޭނާ ބޭއިންސާފުވެރިއެއް ނުވާ ރަސްކަލެއް އެތާނގައިވެޔެވެ.) ⁽¹⁾

އަދި ޠާއިފުގެ މީސްތަކުން ރަސޫލު ﷲ ﷺ އެތަނުން ބޭރުކޮށްލުމުން، އަލްމުޠްޢިމު ބުނު ޢަދިއްޔުގެ ރައްކައުތެރިކަމުގެ އަހުދުގައި ލިބިވަޑައިގެން މެނުވީ އެކަލޭގެފާނަށް އަނބުރައި މައްކާއަށް ވަދެވަޑައި ނުގެންނެވުނެވެ. އަދި އޭނާ އަކީ ކާފަރެކެވެ. އަދި މިދީލަތިކަން ނަބިއްޔު ﷺ ހަނދުމަފުޅުބެހެއްޓެވިއެވެ. އެެހެންކަމުން ބަދުރުގެ ހަނގުރާމައިގައި ˺މުޝްރިކުންގެ˹ އަސީރުންތައް ޖަމާކުރެވުނުހިނދު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ: «لَوْ كَانَ المُطْعِمُ بْنُ عَدِيٍّ حَيًّا، ثُمَّ كَلَّمَنِي فِي هَؤُلَاءِ النَّتْنَى، لَتَرَكْتُهُمْ لَهُ» (މާނައީ: އަލްމުޠްޢިމު ބުނު ޢަދިއްޔު ދިރި ހުރިނަމަ، އަދި މިމުޑުދާރު މީސްތަކުންނާއިމެދު އޭނާ ތިމަންކަލޭގެފާނުގެ ގާތު ވާހަކަ ދެއްކިނަމަ، އޭނާއަށް މިވެރިން ދޫކޮށްލެއްވީމުހެވެ.)⁽²⁾ ❝



— ޝެއިޚް ޑ. އަމީން ބުނު ޢަބްދު ﷲ އައްޝަޤާވީ (ފޮތް: ބީރައްޓެހި ބިންތަކުގައިވާ މުސްލިމުން، ޞ. 7)

~ ގަލަންދާނު 🖋


ــــــــــــــــــــــــ
[1] އިބްނު ހިޝާމުގެ ސީރަތް (1/ 345) އަދި ޑ. އަކްރަމް އަލްޢުމަރީ، އެބޭފުޅާގެ ފޮތް "السيرة النبوية الصحيحة" (1/ 171) ގައި ވިދާޅުވިއެވެ: "އޭގެ ސަނަދު ޙަސަން އެވެ."
[2] އަލްބުޚާރީ 4024

Читать полностью…

Galandān ގަލަންދާނު

6⃣Al-Fawzān was asked, in one of his Live-Fatwās:

Question: This questioner asks if there are tables called self-evaluation tables, in which prayers, commandments, and prohibitions are listed. If a person prays a prayer, he puts a mark in front of it ˹etc.˺ Is this a permissible action?

Answer: No, this is not lawful and is an innovation. It is Allah, the Most High, who counts the deeds of the sons of Adam. As for you, work and purify your intention for the sake of Allah, the Most High, and your reward will not be lost. When Ibn Masʿūd, may Allah be pleased with him, saw some people who had gathered pebbles with a person appointed over them, who commanded them to glorify Allah, etc., and they kept counting this with pebbles, he said, “Rather, count your bad deeds, and I guarantee that your good deeds will not be lost with Allah, the Most High.” He denounced them for this action.”


📝I Say:

7⃣As for time management, to-do notes, reminders and tasks, this doesn't fall into our topic. Rather, time management is encouraged in Islam, even if it involves a roster, as explained by Shaykh Saʿd Al-Khathlān here.


📝I say:

As for using tables for the tarbiyyah of children, some scholars have given some leeway on this matter - Allahu Aʿlam.

8⃣Shaykh ʿAzīz bin Farḥān Al-ʿAnzī was asked on the matter of children using such tabled.

Question: What is the ruling on using a Ramadan worship schedule for children in order to encourage them to worship? This method of positive reinforcement is often used by educators to reinforce good habits in children. Is there a legal prohibition?

Answer: It appears to me that there is nothing wrong with it for children, to help them obey and worship. Regarding its use for children, there is nothing wrong with it.”


~ Galandān 🖋

Читать полностью…

Galandān ގަލަންދާނު

2⃣Shaykh ʿAbdul Raḥmān Al-Barrāk, حفظه الله , was asked:

“We are six friends, and we meet every 15 days in one of our homes for a program that includes the Qurʾān, the Forty Ḥadīth of An-Nawāwī, the Minhāj Al-Muslim, a sermon from the owner of the house, and the book "Men Around the Messenger ﷺ." The program starts with the Qurʾān and concludes with supplication. Among our activities is a table that we fill out every month, which we call the “Competition Roster.” The roster includes a portion of the Qurʾān, the five daily prayers in the mosque, fasting, and maintaining family ties. When we are diligent in filling it out, the results are good; however, if we are not able to achieve our goals, the results are negative, for example, due to neglecting to recite the assigned portion of the Qurʾān. So, what is the ruling of Sharīʿah on this roster?”

He replied:

“Praise be to Allah: What appears to me is that adopting this roster and competing over its paragraphs is an innovation (bidʿah) because it involves boasting and admiring one’s actions. It also involves showing off work that is better left hidden, as concealing actions such as charity, reciting the Qurʾān, or remembering Allah is closer to avoiding ostentation.


Allah Almighty says:

▶️ٱدۡعُواْ رَبَّكُمۡ تَضَرُّعٗا وَخُفۡيَةًۚ◀️

{Call upon your Lord humbly and secretly.} [Al-Aʿrāf: 55],

and He says:

▶️ذِكۡرُ رَحۡمَتِ رَبِّكَ عَبۡدَهُۥ زَكَرِيَّآ * إِذۡ نَادَىٰ رَبَّهُۥ نِدَآءً خَفِيّٗا◀️

{˹This is˺ a reminder of your Lord’s mercy to His servant Zachariah, when he cried out to his Lord privately,} [Maryam: 2-3],

and one of the seven whom Allah will shade in His shade is:

«وَرَجُلٌ تَصَدَّقَ بِصَدَقَةٍ فَأَخْفَاهَا حَتَّى لَا تَعْلَمَ شِمَالُهُ مَا تُنْفِقُ يَمِينُهُ»

{“and a man who gives charity so secretly that his left hand does not know what his right hand has given.” (i.e. nobody knows how much he has given in charity)}.

What is necessary: is to advise one another to engage in voluntary acts of worship and to do them frequently. Each person should do what is easy for him in between himself and his Lord. In this way, cooperation in righteousness and piety is achieved, and safety is attained from what spoils the deed or reduces its reward. And Allah is the Grantor of success and the Guide to the path of righteousness. And Allah knows best.” —End quote.


— ʿAbdul Raḥmān Al-Barrāk, (source)

~ Galandān 🖋

Читать полностью…

Galandān ގަލަންދާނު

📖 One of the best apps for students of knowledge and arabic speakers to study Qurʾān and learn it's sciences is the app

«الباحث القرآني»
Quranic Researcher app

Comprehensive library of the explanations of the Qurʾān, yet fast & easy to use

Explanations (tafsir/exegesis) • Sciences of the Qur'an • Qiraa'aat • Iraab (grammar) • Sarf (morphology) • Reasons of revelation • Ahkaam • Quranic lexicons


This app has been recommended by Al-Shaykh Māhir Al-Faḥl and others.


💻 Android
🏢 iOS

▶️Web https://tafsir.app/


~ Galandān 🖋

Читать полностью…

Galandān ގަލަންދާނު

I asked Shaykh Abū ʿAbdullah Al- Ṣādiq Al-Ḥāshimī,

Question: “What is the ruling on messages asking for forgiveness before Ramaḍān?”

He replied: ˹It is˺ a reprehensible innovation (bidʿah). Wallāhu Aʿlam.


~ Galandān 🖋

س/ السلام عليكم
أحسن الله إليك يا شيخ

ما حكم رسائل طلب العفو قبل رمضان؟



الجواب: وعليكم السلام ورحمة الله وبركاته.

بدعة منكرة.

والله أعلم.

Читать полностью…

Galandān ގަލަންދާނު

⬆️ސުންނަތް ނަމާދު ތަކުގައި އިށީނދެ ހުރެ ނަމާދު ކުރުމުގެ ހުއްދަ



ސުވާލު: މި ފަރާތުގެ ސުވާލަކީ ނާފިލާ (އެބަހީ: ފަރުޟު ނޫން) ނަމާދުތައް ⁽¹⁾ ، އިށީނދެ ހުރެ ކުރުމުގެ ހުއްދައާއި މެދު ގައެވެ.


ޖަވާބު: ❞ އަހަރެން ބުނަމެވެ. ނަބިއްޔު ﷺ އަރިހުން ޘާބިތުވެފައިވާ ގޮތުން، އެއީ ޢަބްދު ﷲ ބުނު ޢަމްރު ބުނުލް ޢާޞްގެ ޙަދީޘުގައިވާ ގޮތުގެ މަތީން، އިތުރުއެކަލޭގެފާނުން ޙަދީޘްކުރެއްވިޔޭ:

«صَلاَةُ الْجَالِسِ عَلَى النِّصْفِ مِنْ صَلاَةِ الْقَائِمِ» ⁽²⁾ (މާނައީ: ކޮޅަށް ހުރެ ނަމާދުކުރާ މީހާއާއި ބަލައި އިށީނދެ ހުރެގެން ނަމާދު ކުރާ މީހާއަށް ވަނީ ˺އަޖުރުން˹ ދެބައިކުޅަ އެއްބައެވެ.) — އަދި މިއީ ނާފިލާ އަޅުކަންތަކުގައެވެ.

އެހެންކަމުން އޭގައި މީހަކު އިށީނދެ ހުރެ ނަމާދު ކުރުމުގައި މައްސަލައެއް ނުވެއެވެ.

އަދި ނަބިއްޔު ﷺ އުމުރުފުޅުން ދުވަސްވެވަޑައިގެންނެވި ހިނދުގައި، އިށީނދެވަޑައިގެން ހުންނަވައި ˺ދަމުނަމާދު˹ ކުރައްވައެވެ. ދެން ގާތްގަނޑަކަށް ތިރީހަކަށް އާޔަތަށް ވުމުން ، ތެދުވެވަޑައިގެން ކޮޅަށްހުންނަވައިގެން އެތިރީސް އާޔަތް ކިޔަވާ ނިންމަވާލައްވައި ދެން، ކޮޅަށް ހުންނަވައި ރުކޫޢުއަށް ވަޑައިގަންނަވައެވެ.⁽³⁾ އެހެންކަމުން މީހަކު އިށީނދެ ހުރެ ˺ނަފްލު˹ ނަމާދުތައް ކުރުމުގައި މައްސަލައެއް ނުވެއެވެ. އެހެނަސް މިއީ ˺އަޖުރުގައި˹ ކޮޅަށް ހުރެ ކުރެވޭ ނަމާދަށްވުރެ ދެބައިކުޅަ އެއްބައި މަދުވެގެންވާ ގޮތުގައެވެ.

ދެންފަހެ ފަރުޟުތަކާއިމެދު ދަންނައެ، އިށީނދެހުރެ އެނަމާދުތައް ކުރުން ހުއްދަވެގެން ނުވެއެވެ. އެއީ އެހެނަސް އޭނާއަށް އެކަމަށް ކެރިކުޅަދާނަވެގެން ނުވާ ހިނދެއްގައި މެނުވީއެވެ. ﷲ އަހަރެމެން ރައްކައު ކުރައްވާށިއެވެ. އެހެނަސް އޭނާއަށް އެކަން ކުޅަދާނަވެގެންވާނަމަ، ކޮޅަށް ހުރެ ނަމާދުކުރުން ވާޖިބުވެގެން ވެއެވެ. އެހެނީ ﷲ عز وجل ވަޙީ ކުރެއްވިއޭ: ▶️وَقُومُواْ لِلَّهِ قَٰنِتِينَ◀️ [البقرة 238] (މާނައީ: އަދި ތިޔަބައިމީހުން اللَّه އަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާއެކު (ނަމާދުގައި) قائم ވެ ތިބޭށެވެ!)

އަދި ޞަޙީޙުލް ބުޚާރީގައި ޢިމްރާން ބުނު ޙުޞައިނުގެ ޙަދީޘްގައި ވެއެވެ: ˺އިތުރުއެކަލޭގެފާނުން ޙަދީޘް ކުރެއްވިޔޭ˹ «صَلِّ قَائِمًا، فَإِنْ لَمْ تَسْتَطِعْ فَقَاعِدًا، فَإِنْ لَمْ تَسْتَطِعْ فَعَلَى جَنْبٍ»⁽⁴⁾ (މާނައީ: ކޮޅަށް ހުރެ ނަމާދު ކުރާށެވެ. ތިބާއަށް އެކަމަށް ކުޅަދާނަވެގެން ނުވާނަމަ، އިށީނދެހުރެ ނަމާދުކުރާށެވެ. އަދި އެކަމަށް ކުޅަދާނަވެގެން ނުވާނަމަ އަރިމައްޗަށް އޮށޯވެ އޮވެ ނަމާދު ކުރާށެވެ.) ވީމާ އަމުރު ކުރެއްވީ ކޮޅަށް ހުރެ ނަމާދު ކުޅައުމަށެވެ. އަދި އެއީ ކުޅަދާނަވެގެން ނުވާ ޙާލަތެއްގައި މެނުވީއެވެ. އެހިނދު އިށީނދެ ނަމާދު ކުޅައުމަށެވެ. ❝


— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (އޯޑިއޯ)

~ ގަލަންދާނު 🖋


ــــــــــــــــــــ
[1] النافلة އަކީ ސުންނަތުން ޘާބިތު ކަންކަމުގެ ތެރެއިން ވާޖިބު ނޫން ކަންކަމެވެ. އިބްނު ބާޒު ވިދާޅުވިއެވެ:

”النافلة އަކީ ﷲ އެއެއް ފަރުޟު ނުކުރައްވާ ކަންތައް ތަކެވެ. އެއަށް ނާފިލާ އޭ ކިޔެއެވެ. މިޘާލަކަށް ޟުޙާ ނަމާދާއި، ވިތުރިއާއި، ރަވާތިބުތަކާއި، ވުޟޫއުގެ ˺ދެރަކުޢަތް˹ ސުންނަތެވެ. މިތަކެއްޗަށް نافلة އޭ ބުނެވެއެވެ.
މިއާ ޚިލާފަށް: ފަރުޟުވެގެންވާ މެންދުރު ނަމާދާއި، ޢަޞްރު ނަމާދާއި، މަޣްރިބު ނަމާދަކީ، އެއަށް ފަރުޟުތަކޭ ބުނެވޭ ތަކެއްޗެވެ. އަދި ފުރަތަމަ ޙައްޖަށް ވެސް فَرِيْضَة އޭ ބުނެވެއެވެ. އެހެނަސް މީހެއްގެ ދެވަނަ ޙައްޖަކަށް ބުނެވެނީ نافلة އެކެވެ. ހޯމަ ބުރާސްފަތީގެ ރޯދައަކީ نافلة އެވެ. ރަމަޟާން މަހުގެ ރޯދައަކީ فريضة އެވެ. މިއެވެ.
ސުންނަތް، ˺މިބަހުގައި˹ ތަފްޞީލު ވެއެވެ. ސުންނަތޭ ނިސްބަތް ކުރެވެނީ، ނަބިއްޔު ﷺ ގެ ކަލާމްފުޅުތަކާއި، ޢަމަލުފުޅުތަކާއި ޤަޥްލުފުޅުތަކަށެވެ. އެއަށް : ސުންނަތޭ ބުނެވެއެވެ. އަދި ސުންނަތޭ ކިޔެޔޭ ނާފިލާ ތަކޭ، އެއީ ˺މިޘާލަކަށް˹ ޟުޙާ ނަމާދަށް ސުންނަތެކޭ ބުނެވެއެވެ. އަދި އެއަށް ނާފިލާ އެކޭވެސް ބުނެވެއެވެ. ވީމާ ބައެއް ފަހަރު ސުންނަތަކީ ނާފިލާ އާއި އެއްމާނައެއްގައި ބޭނުން ކުރެވޭ ބަހެކެވެ. އެހެންކަމުން އެހިނދުގައި އެ ބޭނުން ކުރެވެނީ ފަރުޟަކަށް ނުވާ އެހެނަސް ޝަރުޢުވެގެންވާ (އެބަހީ: ޤުރުއާނާއި ސުންނަތުން ޘާބިތުވެފައިވާ) ކަންކަމަށެވެ. މިޘާލަކަށް: ޟުޙާ ނަމާދެވެ. އަދި ވިތުރި ނަމާދެވެ. އެއަށް ސުންނަތޭ ބުނެވެއެވެ. އެބަހީ: ވާޖިބި ނޫން ތަކެއްޗެވެ.
އަދި ނަބިއްޔާ ﷺ ގެ ޢަމަލުފުޅުތަކާއި ޤަޥްލުފުޅުތަކާއި ސީރަތަށް ސުންނަތޭ ބުނެވެއެވެ. އަދި ބިދުޢަ އާއި ޚިލާފު އެއްޗަށްވެސް ސުންނަތޭ ބުނެވެއެވެ. މިޘާލަކަށް ބުނެވެއޭ: ހޯމަ ބުރާސްފަތީގެ ރޯދައަކީ ސުންނަތެކެވެ. ރަޖަބު މަސް ރޯދަޔަށް ޚާއްޞަ ކުޅައުމާއި ހުކުރުދުވަސް ޚާއްޞަ ކުޅައުމަކީ ބިދުޢަ އެކެވެ. އަދި މުޅި އަހަރުދުވަހު އެކީ އެއްކޮށް ރޯދަ ހިފުމަކީ ބިދުޢައެކެވެ. ރަސޫލު ﷺ ވަނީ އެކަން ނަހީ ކުރައްވާފައެވެ. «لا صام من صام الأبد» (މާނައީ: ހުރިހައިދުވަހަކަށް ރޯދަހިފާ މީހަކަށް ރޯދައެއް ނުވެއޭ އެވެ.) .

Читать полностью…

Galandān ގަލަންދާނު

⬆️Recite and Ascend

❝ A person’s status with Allah is based on his knowledge and Īmān (faith). The more he achieves that, the closer, higher and more exalted his status with his Lord. Therefore, it was mentioned in the ḥadīth of ʿAbdullah bin ʿAmr, [may Allah be pleased with him], on the authority of the Prophet, [may Allah bless him and grant him peace], who said:

يُقَالُ لِصَاحِبِ الْقُرْآنِ اقْرَأْ وَارْتَقِ وَرَتِّلْ كَمَا كُنْتَ تُرَتِّلُ فِي الدُّنْيَا فَإِنَّ مَنْزِلَكَ عِنْدَ آخِرِ آيَةٍ تَقْرَؤُهَا
“The one who was devoted to the Qurʾān will be told [on the Day of Resurrection]: 'Recite and ascend (in ranks) as you used to recite measuredly, when you were in the world. Your rank will be at the last Ayah you recite.”



— Al-Shaykh Al-Muḥaddith ʿAbdullah Al-Saʿd (quote)


---------------------------
📝I say: In another place the shaykh stated: “The voluntary acts of worship are a reason for increasing the reward and raising the ranks...” Then he mentioned this ḥadīth as evidence.

I say: Shaykh Sulaymān Al-ʿAlwān said: “Al-Tirmidhī and others narrated it with an authentic chain of transmission.”—End quote. And Fahd Al-Sunīd said: Abū Dāwūd narrated it with a Ḥassan (i.e. fair) chain of narration.”— End quote.


~ Galandān 🖋
#حديث_صحيح

Читать полностью…

Galandān ގަލަންދާނު

And in Liqāʾ Al-Maftūḥ #60 he [Al-ʿAlwān] said: “This ḥadīth of Anas was reported by Abū Dāwūd Al-Ṭayālisī and Aḥmad and a group with an Authentic chain of transmission.”

Читать полностью…

Galandān ގަލަންދާނު

🎤/channel/HidayaRadio?livestream

Читать полностью…

Galandān ގަލަންދާނު

⚠️ނޯޓް މިލުޔުމުގެ 3 ވަނަ ޕޯސްޓުގެ ނިމޭތަނާއި 4 ވަނަ ޕޯސްޓު ފެށޭ ތަނަށް ތިރީގައި މިވާ ބައިތައް މިހާރުވާނީ އިތުރު ކުރެވިފައެވެ. (ޝެއަރ ކުރެއްވި ފަރާތްތަކުގެ ސަމާލުކަމަށް)

އިސްލާމްވެބްގެ ފަތުވާ މަޖިލިހާއި މިމައްސަލާގައި ސުވާލުވެވުނެވެ. އޭގައި ވިދާޅުވިއެވެ:

”އަޞްލަކީ މަހާނަ މައްޗަށް ފައިން އެރުމާއި އޭގެ މަތީ ހިނގުން މަކުރޫހަވެގެންވުނެވެ. އެހެނަސް އެއީ ޙާއްޖަތަކަށްޓަކައިނަމަ، އެކަމުގައި ގޯހެއް ނެތެވެ. ހަމައެފަދައިން ބައެއް ޢިލްމުވެރިން ގާތު ބިނގަނޑަށްވުރެ އުސްކޮށްފައިނުވާ މަހާނަތަކުގައި އެކަން ހުއްދައެވެ...

"المنهج" އަށް ދެލިކުރެއްވި ނުކުތާތަކުގައި އަލްބިޖީރިމީ ވިދާޅުވިއެވެ: {އަދި އޭގައި އިށީނުން މަކުރޫހައެވެ. އަދި އެއަށް ފައިން އެެރުންވެސް އެވެ.} ˺އެބަހީ˹ އެދެކަންތައް ނަހީވެގެން ވުމެވެ. ˺އޭގެ ދަލީލަކަށް˹ ފުރަތަމަ އެޗަކަށް މުސްލިމުން ރިވާކުރެއްވި، އަދި ދެވަނަ އެެއްޗައަށް އައްތިރުމިޛީ ރިވާކުރައްވައި "ޙަސަން ޞަޙީޙު" އޭ ވިދާޅުވި ޙަދީޘެވެ. އަދި އެދެޙަދީޘުގެ މާނާގައި އޭގައި ލެނގުން ޝާމިލުވެއެވެ. އަދި އެއަށް ބުރަވުންވެސް އެވެ. އަދި "الروضة" ގައި މިވާހަކަ ޞަރީޙަކޮށް ވެއެވެ. އިތުރަށް (المنهج ގެ އަޞްލުގައި) ދެންނެވުނޭ {އެއީ ޙާއްޖަތަކާއި ނުލައޭ އެވެ.} ˺އެބަހީ: އެއީށީނުމާއި˹ އަހަރެން އިތުރަށް ބުނި ކަންތައްތައް ވެސްމެއެވެ. މިއީ މިކަމުގައި އޮތް މަކުރޫޙަކަށް ސާފުކޮށް ބަޔާން ކުރުމާއި އެކުގައެވެ. އެހެންކަމުން އެކަމުގައި ޙާއްޖަތެއް އޮވެއްޖެނަމަ، ˺މިޘާލަކަށް˹ އޭނާގެ މައްޔިތު ގާތަށް ނޫނީ މައްޔިތެއް ވަޅުލުމަށް، އެއަށް ނާރައި ނޫން ގޮތަކަށް ވާން ނެތްނަމަ، އެކަމުގައި މަކުރޫހަ ކަން ނުވެއެވެ.“ — اهـ....

އަދި ކުވޭތުގެ الموسوعة الفقهية ގައި ބަޔާންވެވުނެވެ: ”މައްޔިތާއަށް ކަމޭހިތުމުގެ ގޮތުން މަހާނައަކީ އިސްލާމީ ޝަރީޢަތުގެ ޙުރުމަތް ކުރެވިފައިވާ އެއްޗެކެވެ. މީގެ މައްޗަށް، ޢިލްމުވެރިން ވަނީ މަހާނައެއް މައްޗަށް ފައިން އެރުން މަކުރޫހަ ކުރައްވާފައެވެ. އަދި އޭގެ މަތީ ހިނގުންވެސްމެއެވެ. އެއީ ނަބިއްޔު ﷺ އަރިހުން މަހާނަމައްޗަށް ފައިންއެރުމުގެ މައްޗަށް ވާރިދުވެފައިވާ ނަހީގެ މައްޗަށެވެ. އެހެނަސް މާލިކީން މި މަކުރޫހަކަން ޚާއްޞަ ކުޅައީ ބިންގަނޑަށްވުރެ (މިންވަރެއް) އުފުލައިފައިވާ މަހާނަތަކަށެވެ. ހަމައެފަދައިން ޝާފިޢީންނާއި ޙަންބަލީން ޙާއްޖަތްތަކުގައި އެމަކުރޫހަކަން ކަނޑުއްވައި އިސްތިޘްނާކުރެއްވިއެވެ. އެއީ މިޘާލަކަށް އޭނާ ˺ޒިޔާރަތްކުރާން ގަސްތުކުރާ˹ މައްޔިތާގެ މަހާނައަށް އެނޫން މަހާނައަކަށް އަރައިގެން މެނުވީ ދެވޭން ނެތުމެވެ.“— اهـ.

— އިސްލާމްވެބުގެ ފަތުވާ 301492 މިހިސާބަށް ނިމުނީ.

Читать полностью…

Galandān ގަލަންދާނު


އަދި އެނޫން މަޖިލިހެއްގައި އެޙަދީޘާއިމެދު ތަފްޞީލެއް ދެއްވަމުން އަލްޢަލްވާން ވިދާޅުވިއެވެ:

”އެރިވާކުރެއްވީ އަޙްމަދާއި އަބޫ ދާވޫދާއި އައްނަސާއީ އާއި އިބްނު މާޖާ އާއި އިބްނު ޙިއްބާން އެކަލޭގެފާނުގެ "ޞަޙީޙު" ގައި އެވެ. އެއީ الأَسْوَدِ بْنِ شَيْبَانَ ގެ މަގުން، خَالِدِ بْنِ سُمَيْرٍ ވިދާޅުވިޔޭ، بَشِيرِ بْنِ نَهِيكٍ ވިދާޅުވިޔޭ، بَشِيرَ ابْنَ الْخَصَاصِيَّةِ ވިދާޅުވިޔޭ، ރަސޫލު ﷲ ﷺ ދެކެވަޑައިގެންނެވިޔޭ، ފައިވާނަށް އަރައިގެން ހުރެ މަހާނަތައް މެދުން ހިނގާފައި ދާ މީހެއް. އެހެންކަމުން ޙަދީޘް ކުރެއްވިއެވެ: «يَا صَاحِبَ السِّبْتِيَّتَيْنِ أَلْقِهِمَا» ”އޭ السِّبْتِيَّتَيْنِ ގެ ޞާޙިބެވެ. ތި ބާލާށެވެ.“ ... އަދި "ަޭގެ ސަނަދު ޖައްޔިދު އޭ" އަޙްމަދުގެފާނު ވިދާޅުވިކަމަށް އިބްނު ޢަބްދުލް ޙާދީ المحرر ގައި ނަންގެންނެވިއެވެ. އަދި އިބްނު ޤުދާމާ، المغني ގައި ނަޤުލު ކުރެއްވިއޭ އަޙްމަދުގެ އަރިހުން، އެކަލޭގެފާނު ވިދާޅުވިޔޭ: بَشِيرَ ابْنَ الْخَصَاصِيَّةِ ގެ ޙަދީޘުގެ ސަނަދު ޖައްޔިދެވެ.“ އޭގެ ހާމަނޫން ޢައިބާއި އެކުވެސް އެޢަށް ޢަމަލުކުރެވެއެވެ. އަދި ޢިލްމުވެރިންގެ ތެރެއިން ގިނަ ބެކަލުން (މިފަދަކަންކަމުގައި) އެމިންވަރުގެ ކަންތަކީ މައްސަލައެއް ގޮތުގައި ނުބައްލަވައެވެ. އަދި ޢަބްދުއް ރަޙްމާނު ބުނު މަހްދީ ވިދާޅުވިއެވެ: ޖަނާޒާއެއްގައި އަހަރެން ޢަބްދު ﷲ ބުނު ޢުޘްމާނާއި އެކުގައި ވީމެވެ. ދެން މަހާނަތައް ހުރި ހިސާބަށް ވަޑައިގެންނެވުމުން، މިޙަދީޘު ނަންގެންނެވިއެވެ. އަދި ވިދާޅުވިއެވެ: ”މިއީ ޖައްޔިދު ޙަދީޘެކެވެ. އަދި އޭގެ ރަވީންނީ ޘިއްޤާ ބޭކަލުންނެވެ. ދެން ފައިވާން ބާލައްވައި މަހާނަތައް ދެމެދުން ހިންގެވިއެވެ.“ އަދި މިޙަދީޘު އަލްޙާކިމް ޞައްޙަކުރެއްވިއެވެ. އަދި المجموع ގައި އައްނަވަވީ އެ "ޙަސަން" ކުރެއްވިއެވެ.“ — އަލްޢަލްވާންގެ ބަސްކޮޅު ނިމުނީ.

މިމައްސަލާގައި ފިޤުހުވެރިންގެ ބައެއް ބަސްތަކަށް ބަލައިހޯދުމަށް، މިފަތުވާ އަށް ރުޖޫޢަވޭ.


📝 ފައިދާއެއް:

އިބްނު ބާޒު ވިދާޅުވިއެވެ: ”ޢިލްމުވެރިން މިޙަދީޘުން ދޭހަކުރައްވަނީ ޤަބުރުތައް މެދުން ފައިވާނުގައި ހިނގުން މަކުރޫހަ ކަމުގައެވެ. އެހެނަސް ޙާއްޖަތަކަށްޓަކައި މެނުވީއެވެ. މިޘާލަކަށް ޤަބުރުސްތާނުގައި (ފަޔަށް ހެރޭ) ކަށި ބޯވެގައިވާނަމައެވެ. ނޫނީ ދުވާލުގެ ވަގުތުގައި އިރުގެ ހޫނު (ބިންމަތީގައި ހޫނުކަން) ގަދަވެފައިވާނަމައެވެ. އެހިނދުގައި މައްސަލައެއް ނުވެއެވެ. އެހެނަސް ޙާއްޖަތެއް ނެތި ފައިވާނުގައި ހިނގުން، ފަހެ މިކަން މަކުރޫހަ ވެގެން ވެއެވެ. ހަމައެފަދައިން (ޙާއްޖަތެއް ނެތި) މަހާނައިގައި އިށީނުންވެސް މަކުރޫހަވެގެން ވެއެވެ. ނުވަތަ އެއަށް ފައި އެރުންވެސް އެވެ. އަދި އޭގައި (ލެނގި) ބޯއެޅުންވެސް އެވެ. މިއިން އެއްވެސް ކަމެއް ޖާއިޒުވެގެން ނުވެއެވެ.“ — ބަސްކޮޅުނިމުނީ.


~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު


📝އަހަރެން ބުނަމެވެ:

އިހުބެނުވުނުފަދައިން ޢިލްމުވެރިން މިޙަދީޘުތަކުގެ ނަހީގެ މުރާދަާއި އޭގެ ޙުކުމުގައި ޚިލާފުވިއެވެ. އެގޮތުން ސަލަފުންގެ ތެރެއިން ބައިގަނޑެއް، އިބްރާހީމުއް ނަޚާޢީ އާއި މަކްޙޫލުލް ހުޒްލީ އާއި ޙަސަނުލް ބަޞްރީ އާއި މުޙައްމަދު ބުނު ސީރީނު ފަދަ ބޭކަލުން ތަކެއް ދެކިވަޑައިގެންނެވީ ވާރިދުވެގެންވާ ނަހީ އިން ދޭހަވަނީ މަކުރޫހަވުން ކަމުގައެވެ. އަދި އެކަންވަނީ ޢާންމުގޮތެއްގައި، އިށީނުމާއި ހިނގުމުގެ މާނައިގައެވެ. އެހެންކަމުން މަހާނަމަތިން ހިނގުމާއި އިށީނުން މަކްރޫހަ ކުރެއްވިއެވެ. އެހެނީ އެއީ މައްޔިތާއަށް އިހާނެތިކުރުމެކެވެ. އަދި އޭނާގެ ޙައްޤު ކުޑައިމީސްކުރުމެކެވެ. އަދި ފިޤުހުވެރިންގެ ޖުމްހޫރުން މިބޭފުޅުންނަށް މިކަމުގައި ތަބަޢަވެލެއްވިއެވެ. އެއީ ޙަނަފީންނާއި ޝާފިޢީންނާއި ޙަންބަލީން ކުރެންނެވެ.

އަނެއްކޮޅުން އެހެން ބައެއް ފިޤުހުވެރިން، އެއީ މާލިކީންނާއި ޙަނަފީންކުރެ ފަހުގެ ބޭކަލުން ފަދަ ފިޤުހުވެރިން، ނަހީގެ މުރާދައެއް ކަމުގައި ނެންގެވީ ޤަޟާޙާޖަތަށް މަހާނަދޮށުގައި އިށީނުމުގެ މާނައިގައެވެ. އަދި ދެކިލެއްވީ އެހިނދުގައި އެނަހީ އަކީ ޙަރާމް ގޮތުގައެވެ. އަދި އެނޫން ގޮތުގައި އެހުރަސް ކުޅައުމާއި އޭގައި އިށީނުން ހުއްދަކަމުގައި ދެކިލެއްވިއެވެ. އެއީ ބައެއް އަޞްޙާބުބޭކަލުން އިށީނދެވަޑައިގަތް ކަމުގެ ޚަބަރުތަކުން ދަލީލުދައްކަވައިގެނެވެ. އެއީ ޢަލީ ބުނު އަބީ ޠާލިބުފަދައެވެ. އަދި ޢަބްދު ﷲ ބުނު ޢަމްރު އާއި ޒައިދުބުނު ޘާބިތުފަދައެވެ. رضي الله عنهم وأرضاهم.

އަލްޢައްލާމާ ޝަރަފުއްދީނުއް ޠީބީ "الكاشف عن حقائق السنن" (4/ 1407، ط. مصطفى الباز) ގައި ވިދާޅުވިއެވެ: ”އަދި (أن يقعد عليه) (އޭގެ މަތީ އިށީނުން ނަހީކުރެއްވިޔޭ) އޮތް ބަސްފުޅާއިމެދު ދަންނައެ، ގިނަބޭކަލުން ނެންގެވި މާނައީ ބޭރުފުށަށް ދޭހަވާން އޮތް ފަދައިން އޭގައި އިށީނުމާއި ކޮޅަށްހުރުމުން، މުސްލިމް އަޚާގެ ޙައްޤަށް ކުޑައިމީސްކުރެވުމުގެ މައްޗަށެވެ. އަދި ބައިގަނޑެއް އެއީ ޤަޟާޙާޖާއަށް އޭގެ ދޮށުގައި އިށީނުން ކަމުގައި މާނަ ނެންގެވިއެވެ. އަދި މިމާނަކުރުން ނިސްބަތް ކުރެއްވީ ޒައިދު ބުނު ޘާބިތު رضي الله عنه އަށެވެ.“— اهـ.

އަލްއިމާމް އަލްޚައްޠާބީ "معالم السنن" (1/ 316، ط. المطبعة العلمية) ވިދާޅުވިއެވެ: ”އަހަރެން ބުނަމެވެ: މަހާނައިގައި އިށީނުމުގެ މައްޗަށް އޮތް ނަހީ ދެގޮތަކަށް ތައުވީލުކުރެވިދާނެއެވެ. އެއިން އެކައްޗަކީ: ޤަޟާޙާޖަތަށް އޭގެދޮށު އިށީނުމެވެ. އަނެއް ވަޖުހަކީ: ހަށިގަނޑުގެ އެއްވެސް ގުނަވަނަކުން މަހާނަމައްޗަށް އެރުމަށް އޮތް މަކުރޫހަކަމެވެ. ރިވާވެގެންވާ ފަދައިން ނަބިއްޔު ﷺ އަށް މީހަކު މަހާނައެއްގައި ލެނގިގެން އޮތްތަން ފެނިވަޑައިގެންނެވުމުން ޙަދީޘު ކުރެއްވިޔޭ «لا تؤذ صاحب القبر» (ޤަބުރުގައި އޮތް ފަރާތަށް ދުއްތުރާ ނުކުރާށޭ) އެވެ.“— اهـ.

(ބަޔާން ވެވުނު ބަސްފުޅުތައް ބަލައިހޯދުމަށް، މިފަތުވާއަށް ރުޖޫއަވޭ)

📝އަހަރެން ބުނަމެވެ: އަދި ޡާހިރީންނާއި އެކު ބައެއް ޢިލްމުވެރިން މި ނައްޞުތަކުން ދޭހަވަނީ އަސާސީކޮށް ޙަރާމް ވުން ކަމުގައި ދެކިލެއްވިއެވެ. އަދި ފަހުގެ ބޭކަލުން ގެތެރެއިން އައްޞަންޢާނީ އާއި އައްޝަޥްކާނީ ހިމެނިލައްވައެވެ. (ބެލުމަށް)


⚙️މައްޔިތެއް ވަޅުލުމުގައި އާއި ޤަބުރަކަށް ޒިޔާރަތް ކުރުމަށް އެހެން މަހާނައެއް މައްޗަށް އަރަން ޖެހުމުގެ ޙުކުމް


އިސްލާމްވެބްގެ ފަތުވާ މަޖިލިހާއި މިމައްސަލާގައި ސުވާލުވެވުނެވެ. އޭގައި ވިދާޅުވިއެވެ:

”އަޞްލަކީ މަހާނަ މައްޗަށް ފައިން އެރުމާއި އޭގެ މަތީ ހިނގުން މަކުރޫހަވެގެންވުނެވެ. އެހެނަސް އެއީ ޙާއްޖަތަކަށްޓަކައިނަމަ، އެކަމުގައި ގޯހެއް ނެތެވެ. ހަމައެފަދައިން ބައެއް ޢިލްމުވެރިން ގާތު ބިނގަނޑަށްވުރެ އުސްކޮށްފައިނުވާ މަހާނަތަކުގައި އެކަން ހުއްދައެވެ.

"المنهج" އަށް ދެލިކުރެއްވި ނުކުތާތަކުގައި އަލްބިޖީރިމީ ވިދާޅުވިއެވެ: {އަދި އޭގައި އިށީނުން މަކުރޫހައެވެ. އަދި އެއަށް ފައިން އެެރުންވެސް އެވެ.} ˺އެބަހީ˹ އެދެކަންތައް ނަހީވެގެން ވުމެވެ. ˺އޭގެ ދަލީލަކަށް˹ ފުރަތަމަ އެޗަކަށް މުސްލިމުން ރިވާކުރެއްވި، އަދި ދެވަނަ އެެއްޗައަށް އައްތިރުމިޛީ ރިވާކުރައްވައި "ޙަސަން ޞަޙީޙު" އޭ ވިދާޅުވި ޙަދީޘެވެ. އަދި އެދެޙަދީޘުގެ މާނާގައި އޭގައި ލެނގުން ޝާމިލުވެއެވެ. އަދި އެއަށް ބުރަވުންވެސް އެވެ. އަދި "الروضة" ގައި މިވާހަކަ ޞަރީޙަކޮށް ވެއެވެ. އިތުރަށް (المنهج ގެ އަޞްލުގައި) ދެންނެވުނޭ {އެއީ ޙާއްޖަތަކާއި ނުލައޭ އެވެ.} ˺އެބަހީ: އެއީށީނުމާއި˹ އަހަރެން އިތުރަށް ބުނި ކަންތައްތައް ވެސްމެއެވެ. މިއީ މިކަމުގައި އޮތް މަކުރޫޙަކަށް ސާފުކޮށް ބަޔާން ކުރުމާއި އެކުގައެވެ. އެހެންކަމުން އެކަމުގައި ޙާއްޖަތެއް އޮވެއްޖެނަމަ، ˺މިޘާލަކަށް˹ އޭނާގެ މައްޔިތު ގާތަށް ނޫނީ މައްޔިތެއް ވަޅުލުމަށް، އެއަށް ނާރައި ނޫން ގޮތަކަށް ވާން ނެތްނަމަ، އެކަމުގައި މަކުރޫހަ ކަން ނުވެއެވެ.“ — اهـ.

=

Читать полностью…

Galandān ގަލަންދާނު

📌ޤަބަުރުސްތާނަށް ޒިޔާރަތް ކުރުމާއި، ޖަނާޒާއަށްޓަކައި ވަނުމުގައި އެކުލެވޭ ބައެއް އަދަބުތަކާއި ރާއްޖޭގައި ދިމާވާ ބައެއް ޚިލާފުތަކަށް ނަޒަރެއް





💡ފެށުން

މަހާނައޭ މިތާނގައި މާނަ ކުރެވެނީ ޤަބުރު ވަޅުލެވިފައިވާ ތަނަށެވެ. އޭނާގެ ޖަގަހަޔަށެވެ. ޢަރަބި ބަހުގައިވާ ފަދައިން ޤަބުރު މަތީ ނުއިށީންނާށޭ ބުނުމުން ޤަބުރާއި ސީދާ ދިމާލަށްވާ ފަސްގަޑާއި އެއާއި ސީދާ ގާތުގައިވާ އަރިމަތިތައްވެސް ޝާމިލުވެއެވެ. ވީމާ މަނަޢު މިވަނީ މަހާނައިގައި ނުއިށީނުމަށެވެ. އަދި އޭގެ ތެރޭގައި އޭގެ ވަރަށް ގާތުންވާ އަރިއަަރި މަތިވެސް ހިމެނެއެވެ.

ތުޙުފަތުލް މުޙްތާޖު (3/175) ގައި ވެއެވެ: ”(އަދި މަހާނަމަތީ ނީށީންނާށޭ) — ފާޅުވެގެންވާ މާނައަކީ އެއީ މައްޔިތާއާއި ސީދާ ދިމާލަށް ކަމެވެ. ޢާންމުގޮތެއްގައި (ކައިރިކައިރީ ވަޅުލެވޭ ޤަބުރުސްތާނު ނޫންތަންތަނުގައި) ހުންނަ ވަށައިގެންވާ ޖާގަޔެއް ނޫންކަމެވެ. އެހެނީ އެއީ މައްޔިތާގެ ދިމާލަށް ހުރި ތަންތަނެއް ނޫނެވެ. އަދި އެއީ ވަކިން ޚާއްޞަކޮށް މަހާނަވަޅެވެ. އަދި އޭގެ ތެރޭގައި އެޔާއި ވަރަށް ގާތުންވާ އަރިއަރިމަތިވެސް ބެލެވިދާނެއެވެ. އެހެނީ އާދަކާދައިގައި އެއީ މައްޔިތާގެ ދިމާލަށް ހުރި ތަންތަން ގޮތުގައި ބެލެވޭތީއެވެ.“ - ބަސްކޮޅު ނިމުނީ.

އަހަރެން ބުނަމެވެ: އަދި އަލްބުޚާރީގެ (1285) ގެ އަނަސްގެފާނުގެ ރިވާޔަތުގައި ނަބިއްޔު ﷺ «جَالِسٌ عَلَى الْقَبْرِ» (މަހާނަމަތީ އިށީންނަވައިގެން ހުންނެވިޔޭ) ވިދާޅުވިއެވެ. އެބަހީ، އޭގެ ގާތުގައެވެ. އޭގެ އަރިމަތީގައެވެ. އެއާއިވިދިގެންނެވެ. އަދި ޖުމްލަގޮތެއްގައި ބުނާއިރު މަހާނައިގައި އިށީންދެ އިންނެވިއޭ އެވެ.

ދެން ޢިލްމުވެރިން މި އިށީނުމަކީ، އެހެންޏާ ޙާޖަތެއް ނެތި އިށީންނަ އެންމެހާ އިށީނުމެއްތޯ، ނޫނީ ޤަޟާޙާޖާ ކުރުމަށް ނުއިށީންނާށޭތޯ ނޫނީ ލެނގިގެން ނުހުންނާށޭތޯ އާއިމެދު ޚިލާފުވިއެވެ. ހަމަ އެފަދައިން މަހާނަ މައްޗަށް ފައިން އެރުމާއި މަހާނަދޮށުގައި ފައިވާނުން ހިނގުމުގެ މާނަވެސް ވަނީ މިމަޥްޟޫޢު ތެރެއިންނެވެ. އަދި އަހަރެމެން ކުރިޔަށް މީގެ ތަފްޞީލު ގެންނާނަމެވެ.


🔎މަހާނަމަތީ އިށީނުމުގެ މައްސަލާގައި ވާރިދުވެފައިވާ ދަލީލުތައް

⬆️މާތްވެގެންވާ ސުންނަތުގައި އެއްޙަދީޘަށް ވުރެ ގިނައިން މަހާނައިގައި އިށީނުމުގެ މައްޗަށް ނަހީ ވާރިދުވެފައިވެއެވެ.

1⃣އޭގެ ތެރޭގައި އިމާމް އަޙްމަދު "މުސްނަދުގައި" އަދި މުސްލިމް އެކަލޭގެފާނުގެ"ޞަޙީޙު" ގައި އަދި އަބޫ ދާވޫދާއި އައްނަސާއީ އާއި އިބްނު މާޖާ "އައްސުނަން" ގައި އަދި އިބްނު ޙިއްބާން އެކަލޭގެފާނުގެ "ޞަޙީޙު" ގައި ރިވާކުރެއްވި އަބޫ ހުރައިރާ رضي الله عنه ގެ ޙަދީޘް ހިމެނެއެވެ. ވިދާޅުވިއެވެ: ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ: ‏ «لأَنْ يَجْلِسَ أَحَدُكُمْ عَلَى جَمْرَةٍ فَتُحْرِقَ ثِيَابَهُ فَتَخْلُصَ إِلَى جِلْدِهِ خَيْرٌ لَهُ مِنْ أَنْ يَجْلِسَ عَلَى قَبْرٍ» (މާނައީ: ތިޔަބައިމީހުންގެ ތެރެއިން މީހަކު އަނގުރުމަތީ އިށީނދެ އޭނާގެ ހެނދުން ވިރި އޭނާގެ ހަންގަނޑުގައި އެޖެހުންވެސް، މަހާނައެއް މަތީ އިށީނުމަށްވުރެއް އެމީހަކަށް ހެޔޮވެގެންވެއެވެ.).

2⃣އަބޫ މަރްޘަދުލް ޣަނަވީ އަރިހުން މުސްލިމް ރިވާކުރެއްވިއެވެ: ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިޔެވެ: «لاَ تَجْلِسُوا عَلَى الْقُبُورِ وَلاَ تُصَلُّوا إِلَيْهَا» (މާނައީ: މަހާނައެއް މަތީ ނުއިށީންނާށެވެ. އަދި އެއަށް ކުރިމަތިލެވޭ ގޮތުގައި ނަމާދު ނުކުރާށެވެ.)

⬆️ހަމައެފަދައިން ސުންނަތުން މަހާނައިގައި އިށީނުން ހުއްދަ ކަމަށް ހެކިދޭ ތަކެތިވެސް ވަނީ ވާރިދުވެފައެވެ.

3⃣އެގޮތުން ޢަލީ ބުނު އަބޫ ޠާލިބު رضي الله عنه އަރިހުން ރިވާވެގެންވެއެވެ: ”ބަޤީޢު އަލްޣަރްޤަދް ގައި އަހަރެނެން ޖަނާޒާއެއްގައި ވީމުއެވެ. ދެން އަހަރެމެން ގާތަށް ރަސޫލު ﷲ ﷺ ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު އިށީނދެ ވަޑައިގެންނެވިއެވެ. އެހެންކަމުން އަހަރެމެން އެކަލޭގެފާނު ވަށައިގެން އިށީނދެއްޖައީމެވެ...“ — މިޙަދީޘުގެ ނިޔަލަށް. މުއްތަފަޤުން ޢަލައިހި.

4⃣އަދި އަލްބުޚާރީ "އައްޞަޙީޙު" ގައި ޢަނަސް ބުނު މާލިކު رضي الله عنه ގެ ޙަދީޘުތަކުން ރިވާކުރެއްވިއެވެ: ”އަހަރެމެން ރަސޫލު ﷲ ﷺ ގެ ދަރިކަނބަލެއްގެ ˺ޖަނާޒާގައި˹ ބައިވެރިވެ ތިބީމުއެވެ. އަދި ރަސޫލު ﷲ ﷺ ހުންނެވީ މަހާނަ ކޮޅު މަތީ (އެބަހީ: އޭގެ އަރިމަތީ) އިށީންނަވައިގެނެވެ. އަދި އެކަލޭގެފާނުގެ ދެލޯފުޅު ކަރުނައިން ފޯވެފައިވަނިކޮށް އެހިނދު އަހަރެން ދެކުނީމެވެ.“

Читать полностью…

Galandān ގަލަންދާނު

Roadha aai behey liyunthah
/channel/roadhagalandhaan

Читать полностью…

Galandān ގަލަންދާނު

⚠️ ފާސިޤަކާއިމެދު ޣީބަ ބުނުމުގެ މައްޗަށް ނުކުތާއެއް





ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ:

❞ ދެންފަހެ «لا غيبة لفاسق» (ފާސިޤަކާއިމެދު ޣީބަ ނުވެއޭ) އޮންނަ ޙަދީޘާއި މެދު ދަންނައެ، އެއީ ނަބިއްޔު ﷺ ގެ ކަލާމްފުޅުން އެއްޗެއް ނޫނެވެ. އެހެނަސް އެއީ އަލްޙަސަނުލް ބަޞްރީގެ ބަސްފުޅުތަކުގެ ތެރެއިން އެއްޗެކެވެ. އެކަލޭގެފާނު ވިދާޅުވިޔޭ:

”އެފާޖިރު މީހާ އާއިމެދު ބަސްބުނަން ކަލޭ ނޭދެނީހެއްޔެވެ؟ ފަހެ ކަންތައް އެހުރިގޮތަކަށް އެމީހެއްގެ ނަން ގަންނާށެވެ. އަދި މީސްތަކުންނަށް އޭނާއާއިމެދު އިންޒާރު ކުރާށެވެ.“

ޢިލްމުވެރިންގެ ދެބަސްވުމެއް ނެތި މިދެބާވަތުގެ ކަންތަކުގައި ޣީބަކިޔުން ހުއްދައެވެ:

⬆️އެކައްޗަކީ: އެމީހެއްގެ ފާޖިރުކަން ފާޅުކޮށްގެން ކުރާ މީހާއާއި މެދުގައެވެ. މިޘާލަކަށް: އަނިޔާވެރިކަން، ނޫނީ ފާޙިޝުކަން ނޫނީ ސުންނަތާއި ޚިލާފު ބިދުޢަ ˺ފާޅުކޮށް ކުރާ މީހާ˹ ފަދައެވެ.

⬆️ދެވަނަ ބާވަތަކީ: ކައިވެނީގެ ކަމެއްގައި ނޫނީ ˺ވިޔަފާރި˹ މުޢާމަލާތެއްގައި ނުވަތަ ހެކިބަހުގެ ކަންތަކެއްގައި މީހަކާއިމެދު މަޝްވަރާކުރެވުމުގައެވެ. އަދި އޭނާ އެކަމުގައި ޞާލިޙު ނޫންކަން އެނގިފައިވާނަމައެވެ. އެހެންކަމުން މަޝްވަރާއަށް އެދުނު މީހާއަށް އެމީހާގެ ޙާލު ބަޔާންކޮށް މަޝްވަރާދިނުމެވެ.“

— އިބްނު ތައިމިއްޔާގެ ބަސްކޮޅު ނިމުނީ، ޚުލާޞާ ގޮތެއްގައި مجموع الفتاوى އިން. (ބަސްކޮޅު)


📌ދެންފަހެ ފާސިޤަކާއިމެދު އަދި އޭނާގެ ޢަމަލާއިމެދު ބަސްބުނުމާއި މެދު ދަންނައެ، އެކަން ހުއްދަވެގެންވަނީ އޭނާގެ ފާސިޤުކަން އޭނާ ހާމަޔަށް ، ފާޅުކަމުގައި ކުރާހިނދުގައެވެ. އޭނާ ފުށުން ފެންނަކަންތަކާއި މެދު މީސްތަކުންނަށް އޭނާފަރުވާލެއް ނުދޭ ޙާލުގައެވެ. އެހެންކަމުން މިފަދަ މީހާގެ ޙާލަތާއިމެދު މީސްތަކުންނަށް އިންޒާރުކުރުވައި އޭނާގެ މުންކަރާތް މަނައު ކުރުން ވެއެވެ. އެއީ އޭނާގެ ފުށުގައި ވާ ފާސިޤުކަމާއި ފާޖިރުކަމުގެ ވާހަކަ ދައްކައިގެން ވިޔަސް އެވެ. އެހެނީ އޭނާގެ އަމިއްލަ ނަފުސުގެ ޙުރުމަތް ކަނޑާލި މީހަކީ އޭނާ ޚުދު އަމިއްލައަށެވެ. އެހެނަސް މީގައި ޝަރުޠުވެގެން ވަނީ އޭނާ ނުކުރާ ކަމެއްގެ ވާހަކަ ނުދެއްކުމެވެ. ނޫނީ އޭނާ ސިއްރުކޮށްފައިވާ (އަމިއްލަ މަޞްލަޙަތް އެކަނި ހުރި) ކަމެއްގެ ވާހަކަ ފަޟީޙަތް ނުކުރުމެވެ. ⁽¹⁾


ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ:

❞ ބިދުޢަ އާއި ފާޖިރުކަން ހާމަޔަށް ކުރާ މީހާއާއިމެދު ޣީބައިގެ ˺ޙުކުމް˹ ނުވެއެވެ. އެއީ އަލްޙަސަނުލް ބަޞްރީ އަދި އެނޫން ބޭކަލުން އަރިހުން ރިވާވެފައިވާ ފަދައިންނެވެ. އެހެނީ އޭނާ އެކަން ފާޅުކޮށްގަތުމުން މުސްލިމުންގެ ޢުޤޫބާތް އޭނާގެ މައްޗަށް ޙައްޤުވިއެވެ. އަދި އެ ޢުޤޫބާތުގެ އެންމެ ދަށް މިންވަރަކީ އެކަމަށް އޭނާ ކުށްވެރި ކުރެވުމެވެ. އެއީ އެކަމުން އޭނާ ހުރަސް އެޅުވުމަށާއި، މީސްތަކުން އޭނާއާއި ގާތްވިޔަ ނުދިނުމަށާއި އޭނާއާއި އެއްވެއުޅުމުން ހިފެހެއްޓުމަށްޓަކައެވެ. އަދި އޭނާ ކުށްވެރި ނުކުރެވޭނެ ނަމަ، އަދި އޭނާގެ ފުށުގައިވާ ފާޖިރުކަމާއި އުރެދުން ނޫނީ ބިދުޢަ އާއިމެދު ވާހަކަ ނުދެކެވޭނަމަ، އޭނާ މީސްތަކުން ވާވައްދާލަފާނެތެވެ. އަދި ފަހަރެއްގައި އޭނާ އެކުރާ ޢަމަލުވެސް ކުރުމަށް ބައެއް މީހުންނަށް މަގުހުޅުވިދާނެއެވެ. އަދި އޭނާ ޖެހިލުން ކުޑަވެ އޭނާގެ ފާޖިރުކަމާއި އުރެދުމުގައި އިތުރުވެސް ވެދާނެއެވެ. އެހެނަސް އޭނާ އެކުރާ ކަންތަކުގެ ވާހަކަ ދެކެވިއްޖެނަމަ ، އޭނާ އެކަމުން ހުއްޓުވެވި އަދި އަނެކުން އެއިން ހުއްޓުވި އަދި އޭނާއާއި ޞާޙިބުވެ އުޅުމާއި އެއްވެއުޅުމުން ހުއްޓުވެއެވެ.

އަލްޙަސަނުލް ބަޞްރީ ވިދާޅުވިއެވެ: ”އެފާޖިރު މީހާ އާއިމެދު ބަސްބުނަން ކަލޭ ނޭދެނީހެއްޔެވެ؟ ފަހެ ކަންތައް އެހުރިގޮތަކަށް އެމީހެއްގެ ނަން ގަންނާށެވެ. އަދި މީސްތަކުންނަށް އޭނާއާއިމެދު އިންޒާރު ކުރާށެވެ.“ އަދި މަރުފޫޢުކޮށްވެސް މިބަސް ރިވާވެފައިވެއެވެ. ⁽²⁾
=



ـــــــــــــــــ
[1] މިބަސްކޮޅު ނެގިފައިވާނީ ފަތުވާ (149109) އިން.
[2] މަރުފޫޢުކޮށް ރިވާކުރެއްވީ އައްޠަބަރާނީ (19/418) އަދި އިބްނު ޢަދިއްޔު "އަލްކާމިލު ފިއްޟުޢަފާއި" (2/174) ގައިއެވެ. އަދި މަރުފޫޢުކޮށް ޞައްޙައެއް ނޫނެވެ. (އޭގެ ތަޚްރީޖަށް އިސްލާމް-ސުވާލުޖަވާުބުގެ 149109 ފަތުވާއަށް އަށް ރުޖޫޢަވޭ)

Читать полностью…

Galandān ގަލަންދާނު

⚠️ އިބްރާޙިމް އައްނަޚަޢީ ވިދާޅުވިއެވެ:

”މިސްކިތަކާއި އަވައްޓެރިކޮށް ގެދޮރުވެހުންނަ މީހެއްގެ މުނާފިޤުކަން އެނގޭން، އޭނާ އެތަނުން ނުފެނުން ފުދެއެވެ.“

~ ގަލަންދާނު 🖋

قالَ إبراهيمُ النَّخَعي:

كَفَى علمًا عَلى النِّفاقِ أن يكونَ الرَّجِلُ جار المسجِد لا يُرى فيهِ

[ فتحُ البارِي لابنِ رجَب ٤ / ١٩ ].

Читать полностью…

Galandān ގަލަންދާނު

3⃣The above two fatwās were also cited in the fatwā of Islamqa # 109125

4⃣Al-Munajjid separately responded to a question on the topic and titled it as:

Ruling on self-accountability in the form of a table

Question: Is it permissible to make a table in the form of questions divided by the number of days in the month?

Answer:

Did you pray Fajr in congregation? Did you do this? Did you do that?...” Scholars have indicated that this is an innovation (bidʿah) among newly invented matters. Following the practice of creating tables in accounting, with right and wrong, numbers or marks are innovations, it is not permissible to make, implement, or distribute them to people. This is a Sufi method that is not one of the practices of the people of Sunnah in self-accountability, involving the creation of tables, marks, and answering yes or no.

These are not accounts and statements submitted to the budget. A person recalls his shortcomings, regrets, and repents to Allah, resolving to continue his activities and strive. This is the requirement. He remembers his sins, not the act of writing tables. Among those who have pointed out the innovation of such tables is Shaykh Muḥammad bin Ṣāliḥ bin Uthaymīn, may Allah benefit us with his knowledge.”

See: transcript of Lectures of Munajjid (online)


5⃣Al-Shaykh ʿAbd Al-Raḥmān Al-Suḥaym was asked about a self-evaluation form that includes several questions with three response options: one marked "always," the second "sometimes," and the last "never." The results are then calculated and divided into three categories: the first category is 100-75, the second is 75-35, and the last is 35-0. These categories are accompanied by comments on your performance regarding acts of worship and Sunnah, as well as other motivational talks. (Summarized).


He replied: "This is one of the newly invented matters that did not occur during the time of the Companions, may Allah be pleased with them, and the predecessors of this Ummah did not do it. All goodness comes from following the predecessors (Salaf).

[After pointing out mistakes in some of the questions within the sheet, he said:]

In conclusion, these questions, which some call "the daily accountability," have no basis. If they were good, those who were described as the most eager people for good would have preceded us in it—I mean the Companions of Muhammad, may Allah bless him and grant him peace, and may Allah be pleased with them.

I have seen some of them even post their tables on the Internet!

And Allah Almighty is Most High and All-Knowing.” End of Fatwā

Читать полностью…

Galandān ގަލަންދާނު

⚙️ Ruling On A Roster Marking Performance Of Acts Of Worship

1⃣Question: “Some people follow a method to hold themselves accountable for performing the obligatory prayers and the Sunnah prayers, which involves creating a roster. This roster serves as a record of their performance for one week. There are two boxes placed in front of each prayer time: one for the obligatory prayer and the other for the Sunnah prayer. If they pray the obligatory prayer with the congregation, they mark a point for that prayer; if they pray the Sunnah prayer, they mark a point for it as well. If they do not pray, they do not mark a point, and so on. At the end of the week, they tally all the points. This paper includes four rosters for one month (one for each week). Those who use this method say that it helps them maintain their performance of the obligatory and recommended acts. What is your opinion on this method? Is it permissible or not? What do you think about publishing it (a blank table for people to use)? May Allah reward you.”

Answer: “This method is unlawful; it is an innovation (bidʿah), and it may rob the heart of the meaning of worshiping for the sake of Allah the Almighty. Acts of worship become like a "routine," as they say. In the two Ṣaḥīḥs, on the authority of Anas ibn Mālik (may Allah be pleased with him), it is reported that once the Prophet (ﷺ) entered the Mosque and saw a rope hanging between its two pillars. He said, "What is this rope?" The people said, "This rope is for Zainab who, when she feels tired, holds it (to keep standing for the prayer.)" The Prophet (ﷺ) said, "Don't use it. Remove the rope. You should pray as long as you feel active, and when you get tired, sit down."

Additionally, a person may be faced with actions that are initially preferable, but they may become less preferable for a reason. Therefore, if he is occupied with honoring a guest who has come to see him instead of performing the Sunnah of the Ẓuhr prayer, then attending to that (i.e., honoring guests) would be better than the Sunnah prayer.

I advise our youth against using these methods to motivate themselves to worship because the Prophet (ﷺ) warned against such practices when he urged people to follow his Sunnah and the Sunnah of the Rightly-Guided Caliphs. He cautioned against innovations and explained that "every" innovation is misguidance, which means that it remains misguidance even if the innovators present it as something good, and that it is not from his guidance nor the guidance of his successors and companions, may Allah be pleased with them — even if the innovators present it as something good.” End quote.


— ibn ʿUthaymīn “Majmūʿ Fatāwā” (16/111) .

~ Galandān 🖋

Читать полностью…

Galandān ގަލަންދާނު

📖App: Al Quran (Tafsir & by Word) — With Qurʾān planner. (Ad-Free)

އަލްޤުރުއާން (ތަފްސީރު އެންޑް ބައި ވޯރޑް) އަކީ ރޯދަމަހުގެ ޤުރުއާން ތިލާވަތް ކުރުމަށް އެހީތެރިކަން އެކުލެވޭ ވަރަށް ފުރިހަމަ އެޕްލިކޭޝަނެއް.

⬆️ޤުރުއާނުގެ އެކި މުޞްޙަފް ތަކަށް ޚާއްސަ ތަފާތު ޕޮންޓް ތައް ޚިޔާރު ކުރުމުގެ އިޚްތިޔާރުގެ އިތުރުން،

⬆️މީގައި ހިމެނޭ "ޤުރުއާން ޕްލޭނަރ" އަކީ މުޅި ޤުރުއާން ނޫނީ އޭގެން ބަޔެއް ވަކި މުއްދަތެއް ތެރޭ ކިޔަވައި ނިންމުމަށް އޮޓޯ އިން ޝެޑިއުލްކޮށް ހަނދުމަކޮށްދީ ކޮންމެ ދުވަހަކަށް ކިޔަން ޖެހޭ މިންވަރު އަދި ކިޔެވުނު މިންވަރު ދައްކުވައިދޭ ޝެޑިއުލް އެއް.

⬆️މީގެ އިތުރުން ޤުރުއާންގެ ދިވެހި ތަރުޖަމާ (ރަސްމީ އަދި ބަކުރުބޭ ތަރުޖަމާ) އާއި އިނގިރޭސި ބަހާއި އެނޫން ބަސްތަކުގެ ތަފާތު އެތައް ތަރުޖަމާ އަކާއި، ޤުރުއާން ތަފްސީރު ތައްވެސް ހިމެނޭ.

💻 Googleplay
🏢 iOS Store
📥 Huaweri App Gallery

💻 Mac App Store
🏢 Windows Download


~ ގަލަންދާން 🖋

Читать полностью…

Galandān ގަލަންދާނު

އަދި މަހަކު ތިން ދުވަހާއި ހޯމަ ބުރާސްފަތީގައި ރޯދަ ހިފާނަމަ، މިއަށް ސުންނަތޭ ބުނެވެއެވެ. އަދި މިބާވަތުގެ ސުންނަތަކީ، ނާފިލާގެ މަތީގައިވާ ތަކެއްޗެވެ. އެއީ ޝަރުޢުވެގެންވާ އެހެނަސް ވާޖިބަށް ނުވާ ތަކެއްޗެވެ. އަދި ބިދުޢަ އާއި އިދިކޮޅު ތަކެއްޗެވެ.
[2] ޢަބްދު ﷲ ބުނު ޢަމްރު ބުނުލް ޢާޞްގެ އަރިހުން، އިބްނު މާޖާ 1290، 1230 ގައި، އައްނަސާއީ 1659 އަދި އެނޫން ބޭކަލުން.
[3] ޢާއިޝަތުގެފާނު އަރިހުން ، ރިވާކުރެއްވީ، އައްތިރުމިޛީ (374) ، އަދި މުސްކުޅިފުޅުވެވަޑައިގަތުމުން ކަމަށް އޮތް ބަސްފުޅާއި އެކު މުސްލިމް (731) އަދި އަބޫ ދާވޫދު (954)
[4] އަލްބުޚާރީ 1117

Читать полностью…

Galandān ގަލަންދާނު

⬆️A chapter on the disapproval of entering into a situation that involves maleficence.

Aḥmad, may Allah be pleased with him, said: “I hate entrances [which lead] to evil.” And he [i.e. Aḥmad] said in the narration transmitted by [his son] Ṣāliḥ: “I hate going out at night responding to a cry because, [in the darkness] you don't know what is happening.” Al-Khallāl documented it under {what is disapproved with regards to going out in response to a cry at night} and Al-Khallāl narrated on the authority of ʿAbd al-Raḥmān ibn Mahdī who said: ʿAbdullah ibn ʿAdiy ibn al-Khiyār said: "I dislike walking with a suspicious person out of fear of being defamed by a Muslim man", and Ibn ʿAbd al-Barr mentioned the saying of ʿUmar ibn al-Khaṭṭāb: “Whoever conceals his secrets has [power of] choice in his hands, and whoever exposes himself to an accusation should not blame those who think ill of him.”

Ibn ʿAqīl said in "Al-Funūn": Al-Ḥassan [Al-Baṣrī] said: “Whoever enters a suspicious situation will not receive any reward for backbiting.” End of his words.

This means— and Allah knows best— that when he does what should not be done, his rights and inviolability are forfeited. This is as we stated: The sanctity of the one who invites to a marriage feast (i.e., responding is obligatory) falls away upon committing what is not appropriate (for example, if the feast includes a prohibited matter). Additionally, the sanctity of the one who greets with Salām in a place where it is not appropriate (such as to a person who is praying) is also diminished, as is the sanctity of the one who prays in a place where people pass; in which case he should not block those passing in front of him, and so on. Also a discussion regarding backbiting in relation to clothing worn for show will follow shortly.

— Al-Ādāb Al-Sharʿiyyah Wal Minaḥ Al-Marʿiyyah (1/289) , Ibn Mufliḥ

~ Galandān 🖋

Читать полностью…

Galandān ގަލަންދާނު

ﷲ ގެ ޙަޟުރަތުގައި މީހެއްގެ މަކާނު ވަނީ އެމީހެއްގެ ޢިލްމާއި އީމާނުގެ ނިސްބަތަކުންނެވެ. މިކަންތައް އޭނާގެ ކިބައިގައި ވަރުގަދަވާ ވަރަކަށް އޭނާގެ ރައްބު ﷻ ޙަޟުރަތުގައި އޭނާ ގެ ގާތްކަން ކައިރިވެ، އޭނާގެ މަންޒިލު އުފުލެވި އޭނާ މަތިވެއެވެ. މިސަބަބަށްޓަކައި ޢަބްދު ﷲ ބުނު ޢަމްރު رضي الله عنه ގެ ޙަދީޘުގައި ވާރިދުވެފައިވެޔޭ: ނަބިއްޔު ﷺ ޙަދީޘު ކުރެއްވިޔޭ:

«يُقَالُ يعني: لِصَاحِبِ الْقُرْآنِ: اقْرَأْ، وَارْتَقِ، وَرَتِّلْ كَمَا كُنْتَ تُرَتِّلُ فِي الدُّنْيَا، فَإِنَّ مَنْزِلَتَكَ عِنْدَ آخِرِ آيَةٍ تَقْرَؤُهَا»
« ˺ޤިޔާމަތް ދުވަހުން˹ ކީރިތި ޤުރުއާނުގެ އަހުލުވެރިޔާއަށް ބުނެވޭ ހުއްޓެވެ: ”ތިބާ ކިޔަވާށެވެ! އަދި (ސުވަރުގޭގައި) ތިބާގެ ދަރަޖަ މަތިވެރި ކުރަމުންދާށެވެ! އަދި ތިބާ ދުނިޔޭގައި ތަރުތީލުމަގުން އެ ފޮތް ކިޔަވައި އުޅުނު ފަދައިން، ލަސްލަހުން، ތަރުތީލުކޮށް ކިޔަވަމުންދާށެވެ! ފަހެ، ހަމަކަށަވަރުން، (ސުވަރުގޭގައި) ތިބާގެ މަންޒިލަކީ، އެންމެފަހުން ތިބާ ކިޔަވާ އާޔަތަކުން ތިބާއަށް ފޯރި ހިސާބެކެވެ.”



— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)

ـــــــــــــــــــ

📝 އަހަރެން ބުނަމެވެ:

ޝެއިޚް ޢަބްދު ﷲ އައްސަޢްދު އެހެން ތަނެއްގައި ވިދާޅުވިއެވެ: ”النافلة ތަކީ (އެބަހީ: ސުންނަތް އަޅުކަންތަކީ) އަޖުރު އިތުރުކޮށްދީ ދަރަޖަ އުފުލުމަށް ވާ ސަބަބެކެވެ....“ ދެން މިޙަދީޘު ނަޤުލުކުރެއްވިއެވެ.

އަހަރެން ބުނަމެވެ: ”އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން ވިދާޅުވިއެވެ: އައްތިރުމިޛީ އާއި އެނޫން ބޭކަލުން މިޙަދީޘު ރިވާކުރެއްވީ ޞައްޙަ ސަނަދަކުންނެވެ.“—اهـ. އަދި އައްޝެއިޚް ފަހްދުއް ސުނީދު ވިދާޅުވިއެވެ: ”މިޙަދީޘު ރިވާކުރެއްވީ އަބޫ ދާވޫދެވެ. އެއީ ޙަސަނު ސަނަދަކުންނެވެ.“اهـ.
#حديث_صحيح

~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

⬆️Allah's People Amongst Mankind

Ibn Mājah (215) and Aḥmad (11870) narrated that Anas ibn Mālik (may Allah be pleased with him) said:

قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏"‏ إِنَّ لِلَّهِ أَهْلِينَ مِنَ النَّاسِ ‏"‏ ‏.‏ قَالُوا يَا رَسُولَ اللَّهِ مَنْ هُمْ قَالَ ‏"‏ هُمْ أَهْلُ الْقُرْآنِ أَهْلُ اللَّهِ وَخَاصَّتُهُ ‏"‏

The Messenger of Allah (blessings and peace of Allah be upon him) said: “Verily Allah has His own people among mankind.” They said: O Messenger of Allah, who are they? He said: “They are the people of the Qur’an, Allah’s own people and those who are closest to Him.”


Al-Shaykh Al-Muḥaddith Sulaymān Al-ʿAlwān said: “It's chain of transmission is jayyid (i.e. fair)”. End.

And in Liqāʾ Al-Maftūḥ #60 he said: “This ḥadīth of Anas was reported by Abū Dāwūd Al-Ṭayālisī and Aḥmad and a group with an Authentic chain of transmission.”


📝I say: For a detailed explanation of the hadith (in English) see, Islamqa fatwa no. 145782


~ Galandān 🖋
#حديث_صحيح

Читать полностью…
Subscribe to a channel