ޢިލްމު އަދި އެއަށް ލޯބިކުރާ ދަރިވަރުންނަށް Notes by, ibn Fahmī Dīdī عفا الله عنه Friends & family 🤖 Contact: @galandan_bot 🌐 English: @galandaan
⚙️Regarding The Expiation For One Who Has Intercourse While Menstruating
❝ Ḥadīth of Ibn ʿAbbās, on the authority of the Prophet, peace and blessings be upon him - regarding the one who has intercourse with his wife while she is menstruating - he said:
«يتصدق بدينار أو نصف دينار»
“They should give charity of a dinar or half a dinar.” —Narrated by the five. ⁽*⁾
There is disagreement regarding its chain of transmission, text, and ruling.
The most correct view regarding the chain of transmission is that it is Mawqūf (not attributed to the Prophet).
The most correct view on the text is the wording mentioned above, which presents the option (between the two values).
The most correct view regarding the ruling is that expiation is not required; what is required is only seeking forgiveness. ❞
#حديث_ضعيف
— Al-Shaykh Fahd Al-Sunīd (text)
~ Galandān 🖋
--------------------------
* The Five, means: Al-Tirmidhī, Al-Nasāʾī, Abū Dāwūd, ibn Mājah and Aḥmad.
②
⬆️މަތިމަސް ކުރުކުރުމުގެ ޞިފަތައް އަދި އޭގެ ޙުކުމްތައް
1️⃣ القص (ކުރުކުރުން)
މީގެ މާނައީ ތުންފަތް މައްޗަށް މަތިމަސް ދިގުވާ ބައި ކޮށައި ކުރުކުރުމެވެ. (މުޅި މަތިމަސް ތުނި ކުރުމެއް ނޫނެވެ.) އަދި މި ލަފުޒަކީ އަބޫ ހުރައިރާ އާއި އިބްނު ޢުމަރާއި އެނޫން ބޭކަލުންގެ ޙަދީޘް ތަކުން އައިސްފައިވާ ޞަރީޙަ އޭގެ މާނައަށް ދެބަސް ވުން ނުވާ ލަފުޒެކެވެ.
2️⃣الإحفاء (ތުނިކުރުން) ، އަދި މިއާއި އެއްމާނައެއްގައިވާ ލަފްޒުތައް (أنهكوا) ދުއްވައިލުން، (جُزّوا) ގަދަޔަށް ކުރުކުރުން
މިއީ އިބްނު ޢުމަރުގެ އެކިރިވާޔަތް ތަކުގައި އައިސްފައިވާ ލަފްޛުތަކެކެވެ. ދެން މިލަފްޛުތައް މާނަ ކުރުމުގައި ޢިލްމުވެރިން ޚިލާފުވެލެއްވިއެވެ:
⬅️(ހ) ފުރަތަމައީ އެއީ ހަމަ القص ކަމުގައެވެ. މަތިމަހުގެ ތިރިން ތުނިކުޅައުމެވެ. އަދި ތުންފަތް މައްޗަށް ފައިބާފައިވާ އެއްޗަށްވުރެންވެސް އިތުރަށް މަތިމަހުގެ ތިރިން ކޮށައި ތުނިކުރުން ކަމުގައެވެ.
އަދި މިއީ އިމާމް މާލިކުގެ ރައުޔެވެ. (އެއީ މަތީ ތުންފަތުގެ ކައިރިފަށުން ކުރުކުރުން ކަމުގައެވެ.) އެކަލޭގެފާނު އިބްނު ޢުމަރުގެ މިލަފުޛުތައް ނެންގެވީ މައިގަނޑު ޙަދީޘު ތަކުގެ ބޭރުފުށުގެ މާނައަށް ދޭހަވާގޮތުގެ މައްޗަށެވެ. ލަފްޛީ މާނައަކަށް ނޫނެވެ. އަދި މިއީ މަދީނާގެ އަހުލުންގެ ޢަމަލު އޮތް ގޮތް ކަމުގައެވެ. އަދި އެކަލޭގެފާނު މަތިމަސް އެއްކޮށް ތުނިކުރުމާއި އަދި ބޭލުން އިންތިހާއަށް އިންކާރު ކުރެއްވިއެވެ. އަދި އެއީ ޞިފަ އަޢިބު ކުރުން ކަމުގައި ދެކިލެއްވިއެވެ. އަދި ބިދުޢައެއް ކަމުގައިވެސް މެއެވެ. އަދި މަތިމަސް ބާލައިފި މީހާ އަށް އަދަބު ދޭންޖެހޭނޭ ކަމަށްވެސް ދެކިލެއްވިއެވެ. އަދި މާލިކީންގެ ރައުޔުގައި އެފަދަ މީހާގެ ހެކިބަސްވެސް ބަލައި ނުގަނެވެއެވެ.
މާލިކް ވިދާޅުވިއެވެ: ”ޢުމަރު ބުނުލް ޚައްޠާބު އަރިހުން ވާރިދުވެފައިވާ ގޮތުގައި، "އެކަލޭގެފާނު ކަމަކާއި މެދު ކަންބޮޑުފުޅުވެއްޖެ ނަމަ އެކަލޭގެފާނުގެ މަތިމަހުގެ ކޮޅު ގައި ހިއްޕަވައި އަނބިރުއްވަވައެވެ." އެބާލައްވާފައިވީނަމަ، އަނބުރުއްވާނޭ އެއްޗެއް ނުވީހެވެ.“
އަދި މިއީ ޝާފިޢީންގެ މަޛުހަބު ކަމުގައި އައްނަވަވީ ކަނޑައެޅުއްވިއެވެ. ވިދާޅުވިއެވެ: ”މަތިމަސް ކުރުކުރުމުގައިވާ ޤަވާޢިދަކީ، ތުންފަތުގެ މަތީ ކައިރިފަށް ފާޅުވާނޭ ވަރަށް ކުރުކުރުމެވެ. ˺އިސްތަށިތަކުގެ˹ ބުޑުން ތުނިކުރުމެއް ނޫނެވެ. އަހަރެމެންގެ (ޝާފިޢީންގެ) ރައުޔަކީ މިއެވެ.“
އަދި ޝާފިޢީންގެ އިމާމު އައްރަމްލީ ވިދާޅުވިއެވެ: ”އެކަން ކުރުމުގައި އިސްތަށިތަކުގެ ބުޑާއި ހަމައިން ތުނިކުރުން، މަކުރޫހަ ވެގެން ވެއެވެ.“
އަދި ޙަންބަލީންގެ ވެސް މަޛުހަބު މިގޮތަށް ކަނޑައަޅާފައިވެއެވެ. އެކަމީ القص ކަމެވެ. ބޭލުމެއް ނޫން ކަމެވެ. އަލްބުހޫތީ ވިދާޅުވިއެވެ: ”{މަތިމަސް حف ކުރުން} ޝަރަޙަ: ނުވަތަ އެބަހީ އޭގެ ތިރީ އަރިމަތިން ކުރުކުރުމެވެ. މިއީ ސުންނަތެކެވެ. އަދި (އަޙްމަދުގެ އަރިހުން) ނައްޞުވެގެން ވާގޮތުން ތުނިކުރުން އައުލާކަން ބޮޑެވެ. އެއީ القص ކުރާއިރު (ތުންފަތުގެ މަތީ ކަރިރިފަށަށްވުރެ) އިތުރަށްވެސް ކުރުކުރުމެވެ.“
އަޞްޙާބު ބޭކަލުން ތެރެއިން އަބޫ އުމާމަތުލް ބާހިލީ، ޢަބްދު ﷲ ބުނު ބުސްރް، ޢުތުބަތުބްނު ޢަބްދުއް ސުލަމީ، އަލްޙައްޖާޖު ބުނު ޢާމިރުއް ޘަމާލީ އަދި މިޤްދާމު ބުނު މަޢަދް ޔަކްރިބުލް ކަންދީ އަރިހުން، ތުންފަތުގެ މަތީ ކައިރިފަށާއި ހަމަޔަށް މަތިމަސް ކުރު ކުރައްވާ ކަމުގައި އަލްބައިހަޤީ އަބޫ މުސްލިމުލް ޚަޥްލާނީ އަރިހުން ރިވާކުރެއްވިއެވެ.
⬅️(ށ) އަނެއްބައި ބޭކަލުން ނާނަކުރެއްވީ އެއީ މުޅި މަތިމަސް ތުނިކުރުން އެހެނަސް ބޭލުން ނޫން ކަމުގައެވެ.
އަދި މިއީ ހަނަފީންގެ ތެރެއިން ފަހުގެ ބޭކަލުންގެ ވިދާޅުވުމެވެ. އަދި އަޙްމަދާއި އައްޝާފިޢީ އަށް މިރައުޔު ރައްދުވެވެއެވެ.
އަބޫ ސަޢީދުލް ޚުދްރީ ، ސަލަމާ ބްނުލް އަކްވަޢު، ޖާބިރު ބްނު ޢަބްދު ﷲ، އިބްނު ޢުމަރު އަދި އަބޫ އުސައިދު އަރިހުން، މަތިމަސް ”جزّ“ (ބޮޑުތަނުން ތުނިކުރައްވަޔޭ) އެއީ ބޭލުމުގެ އަނެއްވައްތަރޭ“ ވާރިދުވެފައިވެއެވެ.
ފުރަތަމަ ރައުޔުގެ ބޭކަލުން ވިދާޅުވެއެވެ: القص އަކީ ޞަރީޙަ ސާފު ލަފުޛެކެވެ. އަދި ދެން މިހުރި ލަފުޛުތަކީ ތަފާތު މާނަ އެއިންނެރެވޭ ތަކެއްޗެވެ. އަދި ބަހުރުވައިގެ ގޮތުންވެސް الإحفاء ، إنهاك، جز ގެ މުރާދަކީ އެއްކޮށް ދުއްވައިލުމެއް ނޫނެވެ. އެއިން ބައެއް ދުއްވައިލުމެވެ.
މިގޮތުން މިބޭކަލުން އެއީ ތިރީ ތުންފަތް މައްޗަށް ފައިބާ ބަޔާއި މަތީ ތުންފަތުގެ ކުލަގެއްލޭ ކައިރިފަށާއި އެއާ ވިދިގެންވާ ބައިން އިސްތަށި ކޮށުން ނޫނީ ތުނިކުރުން ކަމުގައި މާނަ ކުރެއްވިއެވެ. ވީމާ ދެބަސް ވެވުނީ ތުނި ކުރަންވީ މުޅި މަތިމަސްތޯ ނޫނީ ތިރީކައިރިންވާ ބައިތޯ އާއި މެދުގައެވެ. ބޭލުމުގެ މައްޗަކަށް ނޫނެވެ.
⬅️(ނ) ބައެއް ބޭކަލުން އޭގެން ނެގޭ މާނައީ "ބޭލުން" ކަމުގައި މާނަކުރެއްވިއެވެ. އަދި މިއީ މިމައްސަލާގައިވާ 3 ވަނަ ރައުޔުވެސް މެއެވެ.
•••
”އިމާމް މާލިކާއި އަބޫ ޙަނީފާ އަދި އައްޝާފިޢީ މުޠްލަޤުކޮށް އަންހެނާގެ މޫނު ކަޝްފުކުޅައުން ހުއްދަކަމަށް ދެކިލެއްވިކަމާއި މެދު ބުނެއްޖެ މީހާ އެވަނީ ކުށް ބަހެއް ބުނެފައެވެ. އެއީ އެބޭފުޅުން އެބަސްތައް ބޭނުން ކުރެއްވި ޙާލަތް ނޫން ޙާލަތެއްގައި އެބޭނުން ކޮށްގެނެވެ. އަދިކިއެއްތަ އެބަސްފުޅުތަކުގައި ވަނީ ނަމާދާއި އިޙްރާމާއި ޡިހާރު ފަދަ ވަކި ޙާލަތްތަކަކާއި މެދު އެބޭފުޅުން ވާހަކަދައްކަވަމުން ނަންގެންނެވި ކަންތައްތަކެެކެވެ. އެހެންކަމުން އެބަސްތައް މުޠްލަޤުކޮށް ގެނެސްފި މީހާ އެވަނީ އެބަސްފުޅުތައް އޭގެ ޙާލަތް ނޫން ތަނެއްގެ މައްޗަށް ފައްތައި ޙަޤީޤަތުގައި އެބޭފުޅުންގެ ބަސްތަކުގައި ނެތް އައު މާނައެއް އޭގެން ނެރެފައެވެ.“
📝އަހަރެމެން ވާނީ މިމައްސަލާގައި ކުރިން (އިނގިރޭސި ބަހުން) ތަފްޞީލެއް ގެނެސްފައެވެ.
~ ގަލަންދާނު 🖋
②
އަދިވެސް އެބޭކަލުން ވިދާޅުވިއެވެ: އައްޝާފިޢީ ހުއްޖަތް ގެންނެވި ޙަދީޘު:
«لعلكم تقرؤون خلف إمامكم؟» قلنا نعم. قال: «لا تفعلوا إلا بفاتحة الكتاب» (ޙަދީޘް ކުރެއްވިޔޭ: ”ފަހަރެއްގައި ތިޔަބައިމީހުންގެ އިމާމުމީހާ ފަހަތުން ތިޔަބައިމީހުން ކިޔަވަނީ ކަމުގައި ވެދާހެއެވެ؟“ އަހަރެމެން ދެންނެވީމޭ: އާދޭހޭ، އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ: ”އެގޮތަށް ތިޔަބައި މީހުން ކަންތައް ނުކުރާށެވެ. އެހެނަސް ފާތިޙަތުލް ކިތާބި އަށް މެނުވީއެވެ.“)
②
ބައެއް ޢިލްމުވެރިން، މައުމޫމުމީހާވެސް ކިޔެވުން ވާޖިބުކަމަށް ދެކެލެއްވިއެވެ. ބުޚާރީވެސް މިފަދައިން ދެކެލެއްވިއެވެ. އެއީ އެކަލޭގެފާނުގެ ފޮތް: 'އަލްޤިރާއަތު ޚަލްފަލް އިމާމި' ގައިވާގޮތަށެވެ. އެއީ ﷲ ގެ ރަސޫލާ صلى الله عليه وسلمގެ އަރިހުން އައިސްފައިވާ ނައްޞުގެ ޢާއްމު މާނައަށްޓަކައިއެވެ.
މިމައްސަލާގައި ޢަބްދުލް ޙައްޔު އަލްލަކްނަވީ ރިސާލާއެއް ލިޔުއްވިއެވެ. އޭގެ ނަމަކީ: 'އިމާމުލް ކަލާމި ފީ ޙުކްމި ޤިރާއަތިލް ފާތިޙަތި ބަޢުދަލް އިމާމި' އެވެ. އެއީ ބޮޑު ފޮތެކެވެ. އެފޮތުގައި ޞަޙާބީންނާއި ތާބިޢީ ސަލަފުންގެ ބޭކަލުންގެ އަރިހުން އެބޭފުޅާއަށް ފެނުނުހާ ނައްޞެއް ޖަމަޢަކުރިއެވެ. ދެން އެބޭފުޅާގެ އަރިހުގައި ރާޖިޙުވީ އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި މައުމޫމުމީހާ، އިމާމުމީހާގެ ފަހަތުން ކިޔެވުމެއް ނެތްކަމެވެ.
ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާވެސް ދެކެލެއްވީ މިފަދައިންނެވެ. އަދި ކިއެއްތަ، އެކަލޭގެފާނު ހަރުކަށިކޮށް މިމައްސަލާގައި ބަސްވިދާޅުވިއެވެ. އަދި 'އަލްފަތާވާ އަލްމިޞްރިއްޔާ' ގައި ވިދާޅުވެފައިވަނީ: އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި އިމާމާއި އެކުގައި ކިޔަވައިފިމީހާއީ، ފޮތް އުފުލާ ޙިމާރެއްފަދަ މީހެއްކަމަށެވެ. އެހެނީ އިމާމްމީހާވެސް އެކިޔަވަނީއެވެ. އޭނާ އެކިޔަވަނީ ކާކު އަޑުއަހަންހެއްޔެވެ؟ އިންސާނާއަށް އަމުރުވެވިގެންވަނީ ކަނުލާ އަޑުއަހަން ހުރުމަށެވެ. ޝަރީޢަތުގެ ބޭރުފުށުން ދޭހަވާގޮތަށް ބަލާއިރު މިކަން މުނާސަބުވެގެން ނުވާކަމަށެވެ. ❝
⚠️ނޯޓް: އެކަނިހުރެ ނަމާދުކުރާ މީހާގެ ޙުކުމަކީ އިމާމުގެވެސް ޙުކުމެވެ. އިމާމް މީހާއަށް ކިޔެވުމަކީ ރުކުނެއްކަމުގައި ބުނި އެންމެންގެ ގާތުގައި އެކަހެރިކޮށް ނަމާދުކުރާ މީހާއަށްވެސް ކިޔެވުމަކީ އިއްތިފާޤުން ރުކުނެކެވެ.
— މަޞްދަރު: ޢައްޠަރީފީގެ "ނަބިއްޔު ﷺ ނަމާދު ކުރެއްވި ޞިފަ" މިފޮތުގެ ދިވެހި ތަރުޖަމާ، (ޞ. 232- 238) ތަރުތީބު ކުރުމުގެ ކުޑަ ބަދަލަކާއި އެކު. އަދި މިމައްސަލައާއިމެދު އެފޮތުގައި އިތުރު ތަފްޞީލު އެކުލެވިފައިވާނެއެވެ.
⚙️ ނަބިއްޔާ ﷺ ގެ ނަމާދުގެ ޞިފަ އަދި އެއާއި ގުޅިފައިވާ ޛިކުރުތަކާއި ރަވާތިބު ސުންނަތްތައް
— ޢަބްދުލް ޢަޒީޒް އައްޠަރީފީ
(ތަރުޖާމާކުރީ، އަބުލް މިރްޤާލް އަލްކުތުބީ)
⚠️⚠️
ގަލަންދާން "އިނގިރޭސި" ޗެނަލް އަށް މީގެ ކުރިން ޝެއަރ ކުރެވިފައިވަނީ ކުށްނުކެނޑިވާ މިތަރުޖަމާގެ ޑުރާފްޓެކެވެ. ވީމާ، އެލިޔުން ޝެއަރ ކޮށްފައިވާ ފަރާތްތަކުން މިކަމަށް ސަމާލުވެ އެޑިލީޓް ކޮށްދިނުން އެދެމެވެ.
②
އަލްބުޚާރީ (2964 ގައި) ، ޢަބްދު ﷲ ބުނު މަސްޢޫދު رَضِيَ اللَّهُ عَنْهُ އަރިހުން ރިވާކުރެއްވިއެވެ:
”... އަދި ﷲ އަށް ބިރުވެތި ވާހާ ހިނދަކު ކަލޭމެންގެ ތެރެއިން އެއްވެސް މީހެއް ހެޔޮކަމުން ބީވެ ނުދެއެވެ. އަދި އެއްވެސް ކަމެއްގައި އޭނާއަށް ޝައްކެތް ވެއްޖެ ނަމަ، (އެއަށް ޖަވާބުދެވޭނޭ) މީހެއް ގާތު އެކަމާއި މެދު ސުވާލުކުރާށެވެ. އެގޮތުން އެމީހާ ފުށުން އޭނާއަށް އެކަން އޮޅުންފިލައިދެއެވެ...“
އިބްނުލް މުލައްޤިން رحمه الله تعالى ވިދާޅުވިއެވެ:
”އެކަލޭގެފާނުގެ ބަސްފުޅު ”އަދި އެއްވެސް ކަމެއްގައި އޭނާއަށް ޝައްކެތް ވެއްޖެ ނަމަ، (އެއަށް ޖަވާބުދެވޭނޭ) މީހެއް ގާތު އެކަމާއި މެދު ސުވާލުކުރާށޭ، އެމީހާ ފުށުން އޭނާއަށް އެކަން އޮޅުންފިލައިދެޔޭ“ މިއާއި މެދު ދަންނައެ:
ބުނެވެއެވެ: ﷲ އަށް ތަޤްވާވެރި ވުމުގެ ތެރެއިން ވަނީ، ތިމާ އަށް ޝައްކެތް ވެއްޖެ އެއްވެސް ކަމެއް ނަމަ، އެކަން އިސްވެ ނުކުރުމެވެ. އެއީ އެކަމުގެ ޢިލްމު ހުރި މީހެއް ގާތު ތިމާ އެއާއި މެދު ސުވާކުކޮށްފުމަށް ދާންދެނެވެ. އެހެންކަމުން އެމީހާ އެކަމުގައި މަގުދައްކައިދީ އޮޅުން ފިލުވައިދެއެވެ.“ —انتهى من "التوضيح" (18 / 81).
އައްޝާޠިބީ رحمه الله ވިދާޅުވިއެވެ:
”މުޤައްލިދު މީހާ (އެބަހީ އިޖުތިހާދުކުރުމުގެ ޙައިސިއްޔަތު ނެތް މީހާ) ދީނީ މައްސަލަޔެއްގައި އޮޅުން އަރައިފިނަމަ، ޖުމްލަގޮތެއްގައި، އެއާއިމެދު ސުވާލު ކުރުން ނޫން އިޚްތިޔާރެއް އޭނާއަށް ނުވެއެވެ. އެހެނީ ޚަލްޤުތަކުންގެ މައްޗަށް، ޖާހިލުކަމުގެ (ވާނުވާގައި) ތިބެ އެއިލާހަށް އަޅުވެތި ވުމަކަށް ﷲ ޒިންމާ ނުކުރައްވައެވެ. އަދިކިއެއްތަ އެވެރިން އެއިލާހަށް އަޅުވެތި ވުމަށް ﷲ އެންގެވީ އެއިލާހުގެ މި ވަޙީ ބަސްފުޅުގައިވާ ގޮތުގެ މަތީންނެވެ:
﴿وَٱتَّقُواْ ٱللَّهَۖ وَيُعَلِّمُكُمُ ٱللَّهُۗ﴾ [البقرة: 282]
(ތިޔަބައިމީހުން، اللَّه އަށް تقوى ވެރިވާށެވެ! اللَّه، ތިޔަބައިމީހުންނަށް އުނގަންނައިދެއްވާނެއެވެ.)
މިއީ ވަރަށް ގިނަ މީހުން މިއާޔަތް މާނަ ކުރާ ގޮތާ ޚިލާފަށެވެ. އަދިކިއެއްތަ ، ޢަރަބި ބަހުރުވައިގެ ޢިލްމުވެރިންގެ ތެރެއިން އިމާމުން ކަނޑައަޅުއްވާފައިވާ ގޮތުގެ މަތީން، މީގެ މާނައީ: (ތިޔަބައިމީހުންނަށް ދިމާވެފައިވާ) ކޮންމެ ޙާލެއްގައިވެސް ﷲ ތިޔަބައިމީހުންނަށް އުނގަންނަވައި ދެއްވާނެޔޭ، އެހެންކަމުން އެއިލާހަށް ތަޤުވާވެރިވާށޭ އެވެ. އާޔަތުގައިވާ ދެވަނަ ކަންތަކީ (އެބަހީ: އުނގެންނެވުމަކި) ، ފުރަތަމަ ކަންތަކުހެ (އެބަހީ: ތަޤްވާގެ) ސަބަބު ފަދައެވެ. އެހެންކަމުން ތަޤްވާގެ މައްސަލަ ތަރުތީބު ވަނީ ، ޢިލްމު ޙާޞިލު ވުމުގެ މައްޗަށެވެ.. މީގެން ކަނޑައަޅައިދެނީ ޢަމަލުގެ ކުރިޔަށް ޢިލްމު އިސްވެގެންވާ ކަމެވެ. އަދި މިމާނައިގެ މައްޗަށް ވާ ދަލީލުތަށް ގިނަގުނައެވެ. އަދި މިއީ ދެބަސްވުމެއް ނުވާ މައުޟޫއެކެވެ. ވީމާ މިނުކުތާގައި ވާހަކަ ދިގުކުރުމުގެ ފައިދާއެއް ނުވެއެވެ.“ —انتهى، من "الموافقات" (5/283).
(މިހިސާބަށް، ޖުމްލަކޮށް އިސްލާމް-ސުވާލާއިޖާވާބު ގެ ފަތުވާ ނަންބަރު 357385 އިން)
📝 އަހަރެން ބުނަމެވެ:
އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު رضي الله عنه އަރިހުން ވާރިދުވެފައިވެއިވާ ގޮތުން ގަނެވިއްކުމުގެ އަޙުކާމުތައް ނޭނގޭ އެއްވެސް މީހެއް މާރުކޭޓުގައި ވިޔަފާރި ކުރުމަކަށް އެކަލޭގެފާނު ދޫނުކުރައްވައެވެ. އަދި އެކަލޭގެފާނު ވިދާޅުވާކަމުގައި ވެއެވެ:
«لا يبع في سوقنا إلا من قد تفقه في الدين» ⁽²⁾
(އަހަރެމެންގެ މާރުކޭޓުތަކުގައި ދީނުގެ ޢިލްމުހުރި ހުރި މީހުން ފިޔަވައި އެނޫން އެއްވެސް މީހެއް ވިއްކާ ވިޔަފާރި ކޮށްގެން ނުވާނެއެވެ.)
އަދިވެސް ރިވާވެގެންވާ ގޮތުން، އެކަލޭގެފާނު މާރުކޭޓުތަކުގައި ހިންގަވައި ބައެއް ވިޔަފާރިވެރިން ގައިގައި ހައްމުށިން ޖައްސަވައި ވިދާޅުވެއެވެ:
«لا يبيع في سوقنا إلا من يفقه ، وإلا أكل الربا شاء أم أبى»
(ފިޤުހުވެރި މީހެއް މެނުވީ އަހަރެމެންގެ މާރުކޭޓުތަކުގައި ވިއްކައިވިޔަފާރި ކޮށްގެން ނުވާނެއެވެ. އެހެން ނޫން ނަމަ އެކަމަށް ރުހުނަސް ނޫނީ ނުރުހިވިޔަސް، އޭނާއަށް ރިބާ ކެވޭނެއެވެ.)
އަދި ޢަލީ ބުނު އަބީ ޠާލިބު رضيَ اللهُ عنه އަރިހުން ވާރިދުވެފައި ވެއެވެ:
«مَنِ اتَّجَرَ قبلَ أَنْ يَتَفَقَّهَ ارْتَطَمَ فِيْ الرِّبَا ، ثُمَّ ارْتَطَمَ ، ثُمَّ ارْتَطَمَ»
(˺ވިޔަފާރީގެ އަޙުކާމުގައި˹ ފިޤުހުވެރި ވުމުގެ ކުރިން ވިޔަފާރި ކުރާ މީހާ، ރިބާގެ ތެރެއަށް ގެނބެއެވެ. ދެންވެސް ގެނބެއެވެ. ދެންވެސް ގެނބެއެވެ.)
"مغني المحتاج" (2/22)
~ ގަލަންދާނު 🖋
ـــــــــــــــــــــ
(1) كشاف القناع 3/ 135، مطالب أولي النهى 3/ 3، حاشية الروض المربع 4/ 325.
(2) أخرجه الترمذي (2/ 357 ح 487) وقال: هذا حديث حسن غريب.
This is a prohibited scheme, details: (here)
Ruling on Gemcue (GMCU) scheme (here)
~ Galandān 🖋
އަބަދުވެސް މީރުވަސް ދުވާ މީހެއް ގޮތުގައި ހުރުން
🔴
مادمنا مع بعضنا
އަހަރެމެން އެކުގައިވާހާ ހިނދަކު
دامت مساعيد
އުފާވެރިކަން ދެމިއޮންނާނެތެވެ.
حبل الود يجمعنا
ލޯބީގެ ވާފަށްތަކުން އަހަރެމެން ޖަމަޢުވެއެވެ.
في عيد السعادة
...މިއުފާވެރިކަމުގެ ޢީދުގައެވެ!
🗒ތަރުޖަމާ ލިންކް | 🔗އޯޑިއޯ mp3
~ ގަލަންދާނު 🖋
📝 ޢީދުގެ މަޤުޞަދު ތަކުގެ ތެރޭގައިވާ އެކައްޗަކީ، ނިކަމެތީންނާއި ބަލިކަށީން މަތީން ހަނދުމަކުރުމެވެ. އަދި ފަޤީރުންނާއި ޟަރޫރަތްތަކަށް ބޭނުން ޖެހިފައިވާ މީހުންނަށް ފަސޭހަކޮށް ދިނުމެވެ. އަދި އެދުވަހުގައި ސަލާން ޖަހަން ނުޖެހޭވަރަށް، އެވެރިން މުއްސަނދި ކޮށް ދިނުމެވެ. އެއީ ކޮންމެ ގެއެއްވެސް އޭގެ އުފާ ގައި ޝާމިލު ކުރުވުމަށެވެ. އަދި ކޮންމެ ޢާއިލާއަކަށް ވެސް އެ އުފާ ފޯރުކޮށްދިނުމެވެ. އަދި އުޟްޙިޔާ އާއި ފިޠުރު ޒަކާތް ޝަރުޢުވެވުނީ މިސަބަބަށްޓަކައެވެ.
— އައްތަޛްކިރާ
~ ގަލަންދާނު 🖋
③
3️⃣ حلق (ބޭލުން) ، މި ލަފުޛަކީ އެއްވެސް ޙަދީޘަކުން މަތިމަހުގެ މައްސަލާގައި ވާރިދުވެފައިވާ އެއްޗެއް ނޫނެވެ. އަދި ބޯ ބޭލުމާއި ކުރިމަތީ ފަރާތުން އިސްތަށި ބޭލުމުގެ ކަންތަކުގައި ޞަރީޙަކޮށް އެބަސް އައިސްފައިވެއެވެ. އެހެނަސް މަތިމަހުގެ މައްސަލާގައި ވަނީ އެނޫން ލަފުޛުތަކެވެ. ވީމާ ޝަރުޢުކުރެއްވި ފަރާތުން އެތަފާތު ކުރެއްވިކަން ދޭހަވެއެވެ.
އެހެނަސް ބައެއް ޢިލްމުވެރިން މަތިމަހުގެ މައްސަލާގައި އިބްނު ޢުމަރުގެ އަރިހުން ވާރިދުވެފައިވާ ލަފްޛުތައް، الإحفاء ، إنهاك، جز، އެއީ ބޭލުން ކަމުގައި މާނަ ކުރެއްވިއެވެ. އަދި މިރައުޔު ހަނަފީންގެ އިހުގެ ބޭކަލުންނަށް ނިސްބަތް ވެވުނެވެ. އަދި ޙަނަފީންގެ ބައެއް ބޭކަލުން ތުނިކޮށް މުޅިމަތިމަސް ކޮށުމަށްވުރެ ބޭލުން މޮޅުއިތުރު ކަމަށްވެސް ވިދާޅުވެއެވެ.
އަލްޢަދަވީ ވިދާޅުވިއެވެ: ”އެހެނަސް ބޭލުމާއި މެދު އޮތް ޤަޥްލެއް އަބޫ ޙަނީފާއަށް ސަނަދުން ޘާބިތެއް ނޫނެވެ. އަދި ކިއެއްތަ އެއްވެސް އަޞްޙާބު ބޭކަލެއް ނޫނީ އެބޭފުޅުންނަށް ފަހު އައި ތާބިޢީންގެ ތެރެއިން ސަލަފުން ތެރެއިން حلق (ބޭލުއްވި) ކަމަށް މި ލަފުޛުން ވާރިދުވެފައި ނުވެއެވެ.“ (ޚުލާޞާ ކުރެވިފައި، މިބަޙުޘް އިން)
⬆️ޚުލާޞާ:
އަލްޢަލްވާން ވިދާޅުވިއެވެ: ”ތުންފަތް މައްޗަށް ފައިބައިފިނަމަ އެ ދުއްވައިލުން ވާޖިބެވެ. އަދި ދުއްވައިލުމުގެ ޞިފަ އާއި މެދު ޚިލާފުވެއެވެ. އެއީ ތިރިޔަށް ފައިބާ ބައި ކޮށުންތޯ ނޫނީ (މުޅި މަތިމަސް) ތުނި ކުރުންތޯއާއި މެދުގައެވެ. އެއިން އެއް ރައުޔަކީ ހަންގަނޑު ފެންނަވަރަށް ތުނި ކުރުމެވެ. އިބްނު ޢުމަރު ޙަދީޘަށް ތަބަޢަވެލެއްވީ ހަންގަނޑު ފެންނަވަރަށް ތުނިކުރައްވައިގެނެވެ. އަނެއް ބޭކަލުން ވިދާޅުވަނީ ޙަދީޘުގެ މުރާދަކީ القص ކަމުގައެވެ. (ތިރީކައިރިން ދިގުވާބައި ކޮށުމެވެ. ނޫނީ ތުނިކުރުމެވެ.) ... ކޮންމެއަކަސް އެބައި ދުއްވައިލުން ވާޖިބެވެ. އެހެނަސް އޭގެ މިންވަރާއިމެދު ޚިލާފުވެއެވެ. އަދި ޞައްޙައީ، ތުންފަތް މައްޗަށް ނުފައިބާ ނަމަ ވާޖިބު ނުވުމެވެ. އަދި ފައިބައިފިނަމަ ވާޖިބުވުމެވެ.“
އަލްޙާޔިކް ވިދާޅުވިއެވެ: ”ޚިލާފުއޮތީ ތިން ގޮތަށެވެ: القص (ކުރުކުރުން) والإحفاء (ތުނިކުރުން) އަދި الحلق (ބޭލުން) މިއެވެ. އަދި ބޭލުން މިއީ (މިމައްސަލާގައި) ނުސީދާކަން ބޮޑު އެއްޗެކެވެ. އަދި މިކަމުގައި (ޞައްޙަވުން) ބޮޑަށް ބުރަދަންވެވެނީ القص އަށެވެ. އެއީ ތުންފަތަށް ވުރެ ތިރިޔަށް ފައިބާ އެއްޗެއް ކޮށުމެވެ. އެބަހީ އޭގެ ކައިރިފަށުން އެކަންޏެވެ. އަދި މިއީ ޢުމަރު ބުނު ޢަބްދުލް ޢަޒީޒާއި މާލިކު ފަދަ ސަލަފުން ތެރެއިން ބައެއް ބޭކަލުން ކަނޑައެޅުއްވިގޮތެވެ. އެބޭކަލުން ތަފްސީރު ކުރެއްވީ الإحفاء އަކީ القص ކަމުގައެވެ.“
~ ގަލަންދާން 🖋
މަޞްދަރުތައް: ނަންގަނެވުނު އަލްޢަލްވާން، އަލްޙާޔިކް އަދި އަލްޢަދަވީ ގެ ފަތުވާ ތަކުގެ އިތުރުން، އައްދުބައްޔާން ގެ މި ރިސާލާ، އިބްނު އަމީން ގެ މި ރިސާލާ ، އިސްލާމް ސުވާލާއި ޖަވާބު (103623) ފަތުވާ.
📌މަތިމަސް ކުރު ކުރުމުގެ ފިޤުހުގެ ޚުލާޞާ
①
☪☪☪☪☪☪
⬆️މަތިމަސް ކުރުކުރުމުގެ ޙުކުމް
މަތިމަސް ކުރު ކުރުމީ ޢިލްމުވެރިން ގެ އިއްތިފާޤުން ކަށަވަރު ސުންނަތެކެވެ. އެހެނަސް އެއީ ވާޖިބެއްތޯ އާއި މެދު އެބޭކަލުން ތެރޭ ޚިލާފުވެވަޑައިގެންފައި ވެއެވެ. އަދި ޖުމްހޫރުންނާއި ޚިލާފަށް އިބްނު ޙަޒަމް އަދި އައްޡާހިރީންގެ ޤަޥްލަކީ އެއީ ވާޖިބެއް ކަމުގައެވެ. އަދި މިއީ ދަލީލުތަކުގެ ބޭރުފުށަށް ދޭހަވާން އޮތް މާނައެވެ. އަދި އެއީ އެއަމުރުގެ މާނަ މުސްތަޙައްބަށް ބަދަލުވުމަށް ދޭހަވާނޭ ދަލީލެއް އެނގޭން ނެތުމުންނެވެ.
އިބްނުލް ޤައްޔިމް تحفة المودود ގައި ވިދާޅުވިއެވެ: ”މަތިމަސް ކުރު ކުރުމާއި މެދު ދަންނައެ، ދަލީލުތަކުން ނިޔާ ކަނޑައެޅެނީ މަތިމަސް ދިގުވެއްޖެހިނދު ކުރުކުރުމީ ވާޖިބެއްގެ ކަމުގައެވެ. އަދި މިއީ މިކަމާއި މެދުގައިވާ ރަސޫލު ﷲ ﷺ ގެ އަމުރުފުޅުން ކަނޑައެޅެވެންޖެހޭ ޙުކުމެވެ. އަދި އިތުރުއެކަލޭގެފާނުންގެ މިޙަދީޘްފުޅުންވެސް މެއެވެ: «من لم يأخذ شاربه فليس منا» (އެމީހެއްގެ މަތިމަހުން ބައެއް ކުރު ނުކުރާ މީހަކީ، އަހަރެމެންގެ ތެރެއިން ވާ މީހެއް ނޫނެވެ.)“ —اهـ.
އަލްޢަލްވާން ވިދާޅުވިއެވެ:
❞ މަތިމަސް ކުރު ކުރުމުގައި ޙާލަތް ތަކެއް ވެއެވެ:
ފުރަތަމަ ޙާލަތަކީ: ތުންފަތް މައްޗަށް އެ ފޭބުމެވެ. ނޫނީ ތިރިން ނޭފަތާއި ހަމަޔަށް އެރުމެވެ. މިކަން ޙަރާމެވެ. އެހެނީ 40 ދުވަހަށްވުރެ އިތުރަށް އެކުރުނުކޮށް ދޫކުޅައުމުންނެވެ. މިއީ މުސްލިމް ގައިވާ އަބޫ ޛައްރުގެ ޙަދީޘުގެ މައްޗަށެވެ: (( وقت لنا في قص الشارب ... أن لا يترك فوق أربعين )) ”އަހަރެެމެންގެ މައްޗަށް ކަނޑައެޅިފައިވަނީ ސާޅީސް ދުވަހަށް ވުރެ އިތުރަށް މަތިމަސް ކުރުނުކޮށް... ދޫކޮށްފައި ނުބެހެއްޓުމަށެވެ.“ އަދި އެޙަދީޘުގައި ތަފާތު ކަންތައްތަކެއް ސާޅީސް ދުވަހުގެ މައްޗަށް ނަންގަންނެވުނެވެ. ވީމާ ތުންފަތުން ތިރިޔަށް ނޫނީ ނޭފަތާ ހަމަޔަށް އަރައިފި ހިނދެއްގައި އެބައި ކުރުކުރުން ތިބާގެ މައްޗަށް ވާޖިބެވެ.
ދެވަނަ ޙާލަތް: ތުންފަތުގެ މައްޗަށް ނުފައިބާނަމަ އަދި ނޭފަތާ ހަމަޔަށް ނާރާނަމަ، މިޙާލަތުގައި ˺ކުރުކުރުން˹ މުސްތަޙައްބެވެެ. އެހެނަސް ވާޖިބެއް ނޫނެވެ. އެހެނީ ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ: (( خَمْسٌ مِنَ الفِطْرَة )) ”ފިތުރަތުގެ ތެރެއިން ފަސް ކަމެއް ވެއެވެ...“ އަދި އޭގެ ތެރޭގައި އެކަލޭގެފާނު ޛިކުރު ކުރެއްވިއެވެ: (( قَصُّ الشَّارِب )) ”މަތިމަސް ކުރު ކުރުމެވެ."
އަދި އަބޫ މުޙައްމަދު ބުނު ޙަޒަމް މަތިމަސް ކުރުކުރުން ނޫނީ ބޭލުން ފަރުޟެއް ކަމުގައި ވިދާޅުވިއެވެ. އެއީ ނަބިއްޔު ﷺ ގެ މިޙަދީޘުގެ މައްޗަށެވެ: (( مَنْ لَمْ يَأْخُذْ مِنْ شَارِبِهِ فَلَيْسَ مِنَّا )) ”އެމީހެއްގެ މަތިމަހުން ˺ބައެއް˹ ދުއްވައި ނުލާ މީހަކީ އަހަރެމެންގެ ތެރެއިން ވާ މީހެއް ނޫނެވެ.“ އަދި މިޙަދީޘު ޞައްޙަވީހީނަމަ، މިމައްސަލައިގެ މައްޗަށް ˺ގޮތްކަނޑައެޅުމަށް˹ ނައްޞެއް ކަމުގައި ވީހެވެ. އެހެނަސް މިއީ ޒައިދު ބުނު އަރުޤަމް ގެ އަރިހުން އިބްނު ޔަސާރު ގެންނެވި ރިވާޔަތްތަކުން ހިމެނޭ އެއްޗެކެވެ. އަދި އެކަލޭގެފާނު އަރިހުން އިބްނު ޔަސާރު ސީދާ އަޑުއެއްސެވިކަން ޘާބީތުވެފައި ނުވެއެވެ. އެހެންކަމުން މީގެ މައްޗަށް ކަނޑައެޅެނީ، މިކަމަކީ މުސްތަޙައްބުކަމެއް ގޮތުގައި ދެމިއޮތެވެ. އެއީ ތުންފަތް މައްޗަށް ނުފައިބާހާ ހިނދަކުއެވެ. އެހިނދުގައި އެކަން ވާޖިބެވެ. ❝ — އަލްވާންގެ ބަސްކޮޅު މިހިސާބަށް މިފަތުވާ އިން.
⚠️⚠️
🔴 ޖާހުން ކުރިފަޅުވާ ޙަސަދަ
އަނެކުންގެ ގާތުގައި މަޤާމުމަރިވެރިވެ ޢިއްޒަތްތެރި ވުމުގެ ލޯބި އެމީހެއްގެ ނަފްސުގައި ވަކިހިއްޕާ ވަރަކުން ޙަސަދަވެރިކަން ˺އެނަފްސުގައި˹ ވަކިހިއްޕުވައެވެ. އަދި ފިތުނާގައި ލައިގަނެފައިވާ ނަފްސުތަކަށް އަނެކުންގެ ކުށްތަކަށް މިޙަސަދަ މަގުކޮށައި އަލިކުރުވައެވެ.
މިގޮތުން، މަޤާމު މަތިވެރިވުމަށް ވާ ލޯބިން، ޙަސަދަ އިންދައެވެ. އަދި ޙަސަދައިން މީސްތަކުންގެ ޢައިބުތަކަށް ލޯއެޅުން މޫލައްވައެވެ. [އިމާމު] އަޙްމަދު ވިދާޅުވި ފަދައިންނެވެ: ”ވެރިކަމަށް ލޯބިކުރާމީހާ، މީސްތަކުންގެ ޢައިބުތައް ބަލައިހޯދައެވެ.“
💔 ކިބުރުވެރިކަން
އަދި މަޤާމު މަތިވެރި ވުމަށް ދަހިވެތިވާ ފިތުނާގައި ޖެހިއްޖެ މީހާ، (އެނޫން) ދެ ޠަބީޢަތެއްގެ ފިތުނަ ޖެހެއެވެ.
⬆️ފުރަތަމައީ: ޙަސަދަ އެވެ.
⬆️ދެވަނައީ: ކިބުރެވެ.
އަދި މިދެޠަބީޢަތަށް ކުރިފަޅުވަނީ (ނުވަތަ ދިރުންދީ ބޮޑުވަނީ) މަޤާމު މަތިވެރި ވުމަށްވާ ދަހިވެތިކަމުގެ މަތީގައެވެ. އަދި އޭނާގެ ވަށައި އެދޭތި މޫލައެވެ.
އަދި މަޤާމަށްވާ ލޯތްބާއި ކިބުރާއި ޙަސަދަ އާއި މެދު ދަންނައެ، މިތަކެއްޗަކީ މަގުފުރެދުމާއި އަނިޔާވެރިކަމުގެ އުނދުނުގެ ތިން ބުޑެވެ.
(އެބަހީ: މީހަކާއިމެދު ބޭއިންސާފުވެރިވެ އަނިޔާވެރިވުމުގެ ހުޅުގަނޑު ރޯކުރާ އުނދުނުގެ ތިން ބުޑަކީ މިތިން ނުބައި ޠަބީޢަތެވެ.)
އަދި ކިބުރަކީ ދަލީލަށް ލޯމަރައި، ކަމެއްގެ ޙަޤީޤަތުގެ މައްޗަށް އިސްކުރާ ނަފްސުގެ ކޮންމެ ޝުޢޫރެކެވެ. އަދި ބުއްދިއަށް ޖެހޭ ބަލިތަކުގެ ތެރޭގައި ޙަކީމުން ކިބުރު ގެންނަވާފައިވެއެވެ. އެހެނީ އެބަލި ޖެހިއްޖެނަމަ ބުއްދި ކޮށި ކުރުވައެވެ. އަދި ލޯމަތީން ޙަޤީޤަތް އޮޅިދެއެވެ.
💔 ނަފުރަތު
ނަފުރަތަކީ ޙަސަދައިގެ މޭވާއެވެ. މީސްތަކުންގެ ލޯމައްޗަށް ފެންނަނީ އެމޭވާއެވެ. އަދި އޭގެ އަޞްލެއް އެވެރިންނަކަށް ނުފެނެއެވެ. ގިނަފަހަރަށް ހީކުރެވެނީ އެނަފުރަތުތަކީ ﷲ އަށްޓަކައިވާ އެއްޗެއް ކަމުގައެވެ. އެހެނަސް (ޙަޤީޤަތަކީ) އެއީ އަމިއްލަ ނަފްސުގެ އެދުމަށްޓަކައި ވާ އެއްޗެއް ކަމެވެ. އިތުރުއެކަލޭގެފާނުން ﷺ ޙަދީޘް ކުރެއްވިއެވެ: «الحسد والبغضاء هي الحالقة حالقة الدين»⁽¹⁾ ”ޙަސަދަ އާއި ނަފުރަތަކީ ކުރަފައްޗެވެ. (ކުރަފަތިން އިސްތަށި ބާލާފަދައިން) އެއިން ދީން ބާލައެވެ.“
(ޙަސަދައަކީ: ފޮރުވިފައިވާ އެއްޗެވެ. އަދި ނަފުރަތަކީ އެއިން ބޭރަށް ފާޅުވާ އެއްޗެވެ. މުޚާޠަބުކުރުމާއި ޢަމަލު ކުރުމުގައެވެ.)
— އައްޠަރީފީގެ “الفصل بين النفس والعقل“ މިފޮތުން⁽²⁾
📝 އަހަރެން ބުނަމެވެ:
އަހަރެންގެ ޝެއިޚު، ޞާލިހުއް ސޫމާލީ އަހަރެން ގާތު ވިދާޅުވިއެވެ: ”މަސްއޫލުވެރިޔެއްގެ ކުށްތައް މީސްތަކުން ތެރޭ ދައްކައި އުޅޭނީ އެ މަޤާމަށް ދަހިވެތިވާ މީހެކެވެ. އެނޫންނަމަ ނަޞީޙަތް ދިނީހެވެ.“
އަހަރެން ބުނަމެވެ: މިކަން ޖުމްލަކޮށް މިފަދަ އެންމެހާ ކަމެއްގައި ޝާމިލުވެފައިވެއެވެ. ވީމާ މީސްތަކުންގެ ތެރޭ ޝަރަފުވެރި މަޤާމަކަށް ދަހިވެތިވާ މީހާ، ޝަރުޢީ ޢުޛުރަކާއި ނުލައި އޭނާއަށްވުރެ ޝަރަފުވެރި މީހުންގެ ވާހަކަތައް ދޫމަތީ ގިނަކުރެއެވެ. އަދި ދެބަސްވެ އިންސާފުގެ ހަމަޔެއްނެތި އޭނާއާއިމެދު ޢަމަލުކުރެއެވެ. އަދި އޭނާގެ ކުރިމަތީ ދައްކާވާހަކަތަކަށްވުރެ އޭނާގެ ފަހަތުގައި ދައްކާވާހަކަތައް ގިނަކުރެއެވެ. އަދި އޭނާގެ ކުށަކަށް ހުށިޔާރުވެ ބަލަބަލައި ސިންގާއެއް އޭގެ ޝިކާރަޔަކަށް އޮންނަހެން އިންތިޒާރުކުރެއެވެ. އަދި ކުށެއްފެނިއްޖެތަ؟ އެކަމުގައި ހިތް އުފާވެ ފޯރިއަރައެވެ. މިޔާއި ޚިލާފަށް އޭނާއާއިމެދު ބަޔެއްގެ ޘަނާއެއް އަޑުއިވިއްޖެ ނަމަ އެކަމާއި ހިތްނުތަނަވަސްވެ މޯޅިވެއެވެ. ރުންކުރުވެ އައިބުކިޔައެވެ. ނަފުރަތުކޮށް ރުޅިއާދެއެވެ.
މިއެންމެހާ ކަމަކީވެސް މަގުފުރެދުމާއި އަނިޔާވެރިކަމުގެ ތިންބުޑުގެ މަތިން އާލާވާ ނަތީޖާއެވެ. އެގޮތުން ކުރަފަތިން އިސްތަށިތައް ހަންގަނޑާއި ވަކިވެދާހެން، އޭނާގެ ލޯތްބާއި ގާތްކަމާއި ގުޅުމާއި ކަރުނަ ކެނޑިދެއެވެ.
ބައެއް ބޭކަލުން ވިދާޅުވިއެވެ: ”އޭގެ މުރާދަކީ އޭގެ ސަބަބުން ހެޔޮކަންކަން ކުރުމުން އޭނާއަށް މަނަޢަ ވުމެވެ. މުސްލިމުންނާއި އެކު ނަމާދަށް ދިޔުންވެސް އެވެ. އަދި ﷲ އަށްޓަކައި ލޯބި ވުމުގެ ފުރިހަމަ މިންވަރުންވެސް މެއެވެ. އެހެނީ އެމީހެއްގެ ހިތުތެރެ ޙަސަދަވެރިކަމާއި ރުޅިވެރިކަމުގައި ފޯވެފައިވާ މީހާގެ ފުށުގައި ﷲ އަށްޓަކައި ވާންޖެހޭ ކާމިލު ލޯތްބެއްވެސް ނުއޮންނާނެއެވެ. އަދި އަޅުވެތިވުމުގެ ފޮނިމީރުކަމެއްވެސް ނުވެއެވެ.“
ޤިޔާމަތްދުވަހު ބަނގުރޫޓުވެފައުވާ މީހާގެ ޙަދީޘާއި، ތިބާގެ އަޚާއަށް އަމިއްލަ ނަފްސަށް އެދޭ ފަދައިން އެދުމުގެ ޙަދީޘުގެ ބާބުވެސް ވަނީ މީގެ ތެރެއިންނެވެ. الله أعلم.
~ ގަލަންދާނު 🖋
ــــــــــــــ
[1] ރިވާކުރެއްވީ އަޙްމަދު އަދި އައްތިރުމިޛީ އައްޒުބައިރު ބުނުލް ޢައްވާމް ގެ ޙަދީޘުންނެވެ. އަދި އޭގެ ސަނަދު ބަލިކަށްޓެވެ. އޭގައި އޮތް ދޭހަ ޢިލްމުވެރިން ބަލައިގެންނެވިއެވެ.
[2] ނޯޓް: މިފޮތުން ހޮވާލެވޭ މުތްތަކުގެ ސިލްސިލާއެއް، "ނަފްސާއި ބުއްދީގެ ހަނގުރާމަ" މިނަމުގައި ޝާއިޢު ކުރުމަށް ގަސްދުކޮށް ދިވެހިބަހަށް ތަރުޖާމާކޮށްފައި ވާނެއެވެ.
📌އަޑުފާޅުކޮށް ކިޔަވާ ނަމާދުތަކުގައި އިމާމު މީހާއާއި އެކުގައި އަލްފާތިޙާ ސޫރަތް ކިޔެވުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟
①
ޖަވާބު: ❞ މިމައްސަލާގައި ޢިލްމުވެރިން ތެރޭގައި ތިން ރައުޔެއް ވެއެވެ. ކުރުގޮތަކަށް އެއަށް އަލިއަޅުވާލާނަމެވެ:
1⃣ފުރަތަމަ ރައުޔު: މިއީ އައްޝާފިޢީ ކަނޑައެޅުއްވިގޮތެވެ. (މަޛުހަބެވެ.) އެއީ ފާތިޙާ އާއި ނުލައި ނަމާދެއް ނުވާކަމެވެ. އެއީ ސިއްރިއްޔާ (އަޑުމަޑުކޮށް ކިޔަވާ) ނަމާދެއް ވިޔަސް ނޫނީ ޖަހްރިއްޔާ (އަޑު ފާޅުކޮށް ކިޔަވާ) ނަމާދެއް ވިޔަސް އެވެ. އަދި މިކަމަށްޓަކައި ދަލީލު ނެންގެވީ ދެޞަޙީޙުގައި އައްޒުހުރީގެ ރިވާޔަތް ތަކުން، މަޙްމޫދު ބުނުއް ރަބީޢުގެ އަރިހުން ޢުބާދަތަ ބްނިއް ޞާމިތި އަރިހުން ވާރިދުވެފައިވާ ރިވާޔެވެ. ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ:
«لَا صَلَاةَ لمن لم يقْرَأ بِفَاتِحَة الْكتاب» (ފާތިޙަތުލް ކިތާބި-އެބަހީ : ފާތިޙާ ސޫރަތް- ނުކިޔަވާ މީހަކަށް ނަމާދެއް ނުވެއެވެ.)
އަދި މުސްލިމް އެކަލޭގެފާނުގެ "ޞަޙީޙު" ގައި، ސުފްޔާން ބުނު ޢުޔައިނާގެ ރިވާޔަތުން، އަލްޢަލާއު ބުނި ޢަބްދިއް ރަޙްމާން ގެ އަރިހުން، އެކަލޭގެފާނުގެ ބައްޕާގެ އަރިހުން، އަބޫ ހުރައިރާގެ އަރިހުން ގެންނެވި ރިވާޔަތް ވެސް މީގައި ޙުއްޖަތުގެ ގޮތުން ބޭނުން ކުރެއްވިއެވެ. ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއޭ:
«من لم يقرأ بفاتحة الكتاب فصلاته خداج خداج خداج»
(ފާތިޙަތުލް ކިތާބި ނުކިޔަވައިފި މީހާ، ފަހެ އޭނާގެ ނަމާދު ފުރިހަމަނުވެއެވެ. ފުރިހަމަނުވެއެވެ. ފުރިހަމަނުވެއެވެ.)
އަދި އިމާމް އަޙްމަދާއި ސުނަން ގެ އަހުލުން ތެރެއިން ބައެއް ބޭކަލުން، މުޙައްމަދު ބުނު އިސްޙާޤުގެ މަގުން މަކްޙޫލުގެ އަރިހުން، މަޙްމޫދު ބުނުއް ރަބީޢުގެ އަރިހުން ޢުބާދަތުގެފާނު އަރިހުން ރިވާކުރެއްވި ޙަދީޘުންވެސް މިއަށް ޙުއްޖަތް ގެންނަވިއެވެ. އަދި އޭގައި ވެއެވެ:
«لعلكم تقرؤون خلف إمامكم؟» قلنا نعم. قال: «لا تفعلوا إلا بفاتحة الكتاب»
(ޙަދީޘް ކުރެއްވިޔޭ: ”ފަހަރެއްގައި ތިޔަބައި މީހުންގެ އިމާމު މީހާ ފަހަތުން ތިޔަބައި މީހުން ކިޔަވަނީ ކަމުގައި ވެދާނެހެވެ؟“ އަހަރެމެން ދެންނެވީމޭ: އާދޭހޭ، އެކަލޭގެފާނު ޙަދީޘް ކުރެއްވިއޭ: ”އެގޮތަށް ތިޔަބައި މީހުން ކަންތައް ނުކުރާށެވެ. އެހެނަސް ފާތިޙަތުލް ކިތާބި އަށް މެނުވީއެވެ.“)
2⃣ދެވަނަ ރައުޔު: އެއީ އިހުބުނެވުނު ރައުޔުގެ އިދިކޮޅެވެ. ޖަހްރިއްޔާ ނަމާދެއްގައިވިޔަސް ނޫނީ ސިއްރިއްޔާ ނަމާދެއްގައިވިޔަސް އަލްފާތިޙާ (މައުމޫމުވެ ކުރާނަމަ) ކިޔަން ނުޖެހޭނޭ ކެމެވެ. މިއީ އަބޫ ޙަނީފާ ކަނޑައެޅުއްވި ގޮތެވެ. އަދި މިއީ މާލިކީންގެ ވެސް ބަހެވެ. އަދި މިއީ އިމާމް އަޙްމަދު رحمه الله ގެ މަޛުހަބުގައިވާ ދެޤަޥްލުން ކުރެ އެއްޤަޥްލެވެ. މިބާބުގައި ދަލީލުގެ ގޮތުން ބަލިކަށި ތަކެތިވެއެވެ. މިޘާލަކަށް މިޙަދީޘެވެ... ޙަދީޘް ކުރެއްވިޔޭ:
«هل قرأ معي منكم أحد»
(ތިޔަބައިމީހުން ތެރެއިން އެކަކުވެސް ˺ނަމާދުގެ ތެރޭގައި˹ ތިމަންކަލޭގެފާނާއި އެކުއެކީ ކިޔެވިން ހެއްޔެވެ؟)
މީސްތަކުން ހަނުތިއްބެވެ. ދެން ދެފަހަރު ނޫނީ ތިންފަހަރު އެސުވާލު ތަކުރާރު ކުރެއްވިއެވެ. ދެން މީސްތަކުން ބުނެފޫއެވެ: ”އާދޭހެވެ.“
އެހިނދު ޙަދީޘް ކުރެއްވިވިއެވެ:
«أقول مالي أنازع القرآن»
(މިއުޅުއްވަނީ ތިމަންކަލޭގެފާނާއި ޤުރުއާނުގައި އަރައިރުން މިވަނީ ކާކުބާއޭ، ހިތްޕުޅަށް އަރައި ވަޑައިގެނެވެ.)
އައްޒުހުރީ ވިދާޅުވިއެވެ: ”އެހެންކަމުން ރަސޫލު ﷲ ﷺ ގެ ފަހަތްޕުޅުގައި ނަމާދު ކުރުމުގައި، އެކަލޭގެފާނު އަޑުފާޅުކޮށް ކުރައްވާ ނަމާދު ތަކުގައި މީސްތަކުން ޤުރުއާން ކިޔެވުން ހުއްޓައިލިއެވެ.“
⚠️އަދިވެސް އެބޭކަލުން ވިދާޅުވިއެވެ: މައުމޫމު މީހާ ˺އަލްފާތިޙާ˹ ކިޔަވަންދަން އިމާމު މީހާ މަޑުކުރުން ޝަރުޢުވެގެން ނުވެއެވެ. އެހެންކަމުން އަލްފާތިޙާ ކިޔަވައި ނިމުމާއި އެކު ޤުރުއާން ކިޔެވުމަށް އަވަސްވެގަތުން ޝަރުޢުވެފައިވެއެވެ.
އެގޮތުން އިމާމު މީހާ ▶️إِنَّآ أَعۡطَيۡنَٰكَ ٱلۡكَوۡثَرَ◀️ ކިޔަވާ ހިނދު އަހަރެން އެއާއި އެކު އަލްފާތިޙާ ކިޔަވަނީނަމަ، އޭނާ ރުކޫޢު ކުރާހިނދުވެސް އަހަރެން އަލްފާތިޙާއިން އަވަދިނުވެއެވެ.
މީގެ އިތުރުން، އިމާމު މީހާ އަޑުފާޅުކޮށް ކިޔެވުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އަދި އެއަޑުއަހަނީ ކާކުހެއްޔެވެ؟ އަދި އޭނާގެ ކިޔެވެލީގެ ފާއިދާއަކީ ކޮބައިހެއްޔެވެ؟ އަދި އޭނާގެ ފަހަތުގައިވާ މީހުންނަށް އެއިން ލިބިދޭ މޭވާއަކީ ކޮބައިހެއްޔެވެ؟
=
⚙️އިމާމް މީހާގެ ފަހަތުން މައުމޫމުމީހާ ކިޔެވުން އަދި މައުމޫމު މީހާ ޖަމާޢަތުގެ ނަމާދުގައި އަލްފާތިޙާ ސޫރަތް ކިޔެވުމުގެ ޙުކުމް
①
❞ ޞައްޙަގޮތަކީ އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި މައުމޫމުމީހާ ނުކިޔެވުމެވެ. އެހެނީ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
▶️وَإِذَا قُرِئَ ٱلۡقُرۡءَانُ فَٱسۡتَمِعُواْ لَهُۥ وَأَنصِتُواْ لَعَلَّكُمۡ تُرۡحَمُونَ◀️ [الأعراف: 204]
މާނައީ: "އަދި ޤުރްއާން ކިޔެވޭހިނދު ތިޔަބައިމީހުން ހަނުތިބެ، އެއަށް ކަނުލައި އަހާށެވެ!.."
ފަހެ އޭނާއަށް އަމުރުވެވިގެންވަނީ ކަނުލާ އަޑުއަހަން ހުރުމަށެވެ. އަދި އެކަކަށްވުރެ ގިނަ ސަލަފުންގެ ބޭކަލުންގެ އަރިހުން އޭގެ މުރާދަކީ ނަމާދުގައިކަމުގައި އައިސްފައިވެއެވެ. ޢަބްދު ﷲ ބްނު ޢައްބާސްއާއި، އިބްނު މަސްޢޫދުއާއި، މުޖާހިދު ބްނު ޖަބްރުގެ އަރިހުން އެހެން ރިވާވެގެންވެއެވެ. އެއީ އިބްނު ޖަރީރުއާއި، އިބްނު އަބީ ޙާތިމުއާއި، އެހެނިހެން ބޭކަލުން ޢަލީ ބްނު އަބީ ޠަލްޙާގެ އަރިހުން، މިއާޔަތުގައި އިބްނު ޢައްބާސް ވިދާޅުވިކަމަށް ރިވާކުރެއްވިފަދައިންނެވެ:
(يَعْنِي: فِي الصَّلَاةِ الْمَفْرُوضَةِ)
މާނައީ: "އެބަހީ: ފަރުޟުވެގެންވާ ނަމާދުގައިއެވެ."
އިބްނު އަބީ ޝައިބާއާއި، އައްޠަބަރާނީ 'އަލްކަބީރު' ގައި، އަދި އިބްނުލް މުންޛިރު، އަބޫ ވާއިލުގެ އަރިހުން، އިބްނު މަސްޢޫދުގެ އަރިހުން، އިމާމުމީހާގެ ފަހަތުން ކިޔެވުމުގައި އެކަލޭގެފާނު ވިދާޅުވިކަމަށް ނެރުއްވިއެވެ:
«أَنْصِتْ لِلْقُرْآنِ كَما أُمرتَ، فَإِنَّ فِي الصَّلَاةِ شُغْلًا، وَسَيَكْفِيكَ ذَاكَ الْإِمَامُ»
މާނައީ: "ތިބާއަށް އަމުރުވެވިގެންވާ ފަދައިން ހަނުހުރެ ކަނުލާ ޤުރްއާން އަޑުއަހަން ހުންނާށެވެ. ފަހެ ނަމާދުގައި މަޝްޣޫލުވުމެއްވެއެވެ. އިމާމުމީހާ އެކަންތައް ތިބާއަށް ފުއްދާދޭނެއެވެ."
އަދި ޢަބްދުއްރައްޒާޤު، ސާލިމުގެ އަރިހުން، އިބްނު ޢުމަރު ވިދާޅުވިކަމަށް ރިވާކުރެއްވިއެވެ:
«يُنْصَتُ لِلْإِمَامِ فِيمَا يَجْهَرُ بِهِ فِي الصَّلَاةِ وَلَا يَقْرَأُ مَعَهُ»
މާނައީ: "ނަމާދުގައި އިމާމު އަޑުހަރުކޮށް ކިޔަވާ އެއްޗަކަށް އޭނާ ކަނުލާ އަޑުއަހަން ހުންނާނީއެވެ. އަދި އިމާމުމީހާއާއި އެކުގައި އޭނާ ނުކިޔަވާހުށްޓެވެ."
ޢާއްމު ގިނަ ޞަޙާބީން ޢަމަލުކުރައްވަމުން ދިޔައީ މިގޮތަށެވެ. އިބްނު ޢައްބާސްއާއި، އިބްނު މަސްޢޫދުއާއި، އިބްނު ޢުމަރުއާއި، އަބޫ ހުރައިރާއާއި، ޢާއިޝާގެ އަރިހުން އެފަދައިން ޘާބިތުވެގެންވެއެވެ.
ޞަރީޙަކޮށް ޞައްޙަ ގޮތަކުން އެބޭކަލުންނާއި ޚިލާފުވި އެއްވެސް ޞަޙާބީއެއް އަހުރެންނަށް އެނގިގެން ނުވެއެވެ. އެބޭކަލުންގެ ގާތުގައި އެކަންތައް އިޖްމާޢުއެއްކަމުގައި ވުން ގާތެވެ. އޭގެ ފަހުން ޚިލާފު އުފެދިފައިވިޔަސްމެއެވެ. ޢުމަރުގެ އަރިހުން ރިވާކުރެވުނު އެއްޗެއް މެނުވީއެވެ. އެވެސް ޞަރީޙައެއް ނޫނެވެ...⁽¹⁾
އިބްނު މަސްޢޫދުގެ އަޞްޙާބުންކަމުގައިވާ: އަލްއަސްވަދުއާއި، ޢަލްޤަމާއާއި، އިބްރާހީމް އައްނަޚަޢީވެސް ތިއްބެވީ އިބްނު މަސްޢޫދުގެ ބަސްފުޅު މަތީގައިއެވެ.
ޢަބްދުއްރައްޒާޤުގެ މުޞައްނަފުގައި: އަލްއަޢުމަޝްގެ އަރިހުން، އިބްރާހީމް ވިދާޅުވިކަމަށް ރިވާކުރެއްވިއެވެ:
(مَا كَانُوا يَقْرَؤُونَ خَلْفَ الْإِمَامِ حَتَّى كَانَ ابْنُ زِيَادٍ، فَقِيلَ لَهُمْ: «إِذَا لَمْ يَجْهَرْ لَمْ يَقْرَأْ فِي نَفْسِهِ، فَقَرَأَ النَّاسُ»
މާނައީ: "އިބްނު ޒިޔާދު (ގެ ދުވަސްވަރު) އަތުވެއްޖައުމަށް ދާންދެން މީސްތަކުން އިމާމުމީހާގެ ފަހަތުން ކިޔަވާކަމުގައި ނުވެއެވެ. ދެން އެމީހުންނަށް ބުނެވުނެވެ: އޭނާ އަޑުހަރުކޮށް ނުކިޔަވާނަމަ އޭނާގެ ހިތުންވެސް ކިޔެވިކަމަށް ނުވެއެވެ.' ދެން މީސްތަކުން ކިޔަވަން ފެށިއެވެ.'"
އަދި ޞައްޙަގޮތަކީ އެސޫރަތް -އެބަހީ ފާތިޙާ- އަކީ އިމާމްމީހާއާއި، އަދި މައުމޫމުމީހާގެ ނިސްބަތުގައިވެސް ސިއްރުން ކިޔަވާ ނަމާދުތަކުގައި ނަމާދުގެ ރުކުނެކެވެ. އަދި ވަކިން ނަމާދުކުރާ މީހާ ސިއްރުންކިޔަވާ ނަމާދުގައިވެސް އަޑުހަރުކޮށް ކިޔަވާ ނަމާދުގައިވެސް ފަރަޤެއް ނުވާގޮތުގައި މާއައުލާކޮށް ރުކުނެކެވެ. މައުމޫމުންނަށް ބަލާއިރު، ހަތަރު ރަކްޢަތް ނަމާދުތަކުގައި ފަހު ދެރަކްޢަތުގައާއި، އަދި ތިންރަކްޢަތުގެ މަޣްރިބުނަމާދުގައި ތިންވަނަ ރަކްޢަތުގައިވެސް -ޞައްޙަ ޤައުލުގެ މައްޗަށް- ރުކުނެކެވެ.
އަދި ބައެއް ބޭކަލުން ސިއްރުން ކިޔަވާ ނަމާދެއްވިޔަސް، އަޑުހަރުކޮށް ކިޔަވާ ނަމާދެއްވިޔަސް މައުމޫމުމީހާއަށް މުޠުލަޤުލޮށް އެކަމުގައި ލުއިކުރެއްވިއެވެ... .
ـــــــــــــــــــ
[1] އެއީ ޢަބްދުއްރައްޒާޤުގައި، ޔަޒީދު ބްނު ޝަރީކު، ޢުމަރުގެފާނަށް ވިދާޅުވިކަމަށް ރިވާވެގެންވާ ރިވާޔަތުގައިއެވެ:
(أَقْرَأُ خَلْفَ الْإِمَامِ؟ قَالَ: «نَعَمْ» قُلْتُ: وَإِنْ قَرَأْتَ يَا أَمِيرَ الْمُؤْمِنِينَ؟ قَالَ: «نَعَمْ، وَإِنْ قَرَأْتُ»)
މާނައީ: "އަހުރެން އިމާމުމީހާގެ ފަހަތުން ކިޔަވަންވީތޯއެވެ؟' ވިދާޅުވިއެވެ: 'އާނއެކެވެ.' އަހުރެން ދެންނެވީމެވެ: 'އޭ އަމީރުލް މުއުމިނީނެވެ! ކަލޭގެފާނު ކިޔަވާވިދާޅުވިނަމަވެސް ހެއްޔެވެ؟' ވިދާޅުވިއެވެ: 'އާނއެކެވެ. އަހުރެން ކިޔެވިނަމަވެސްމެއެވެ.'"
📝 އިސްތިޚާރާ ނަމާދާއި އޭގެ ދުޢާ އާއިމެދު (ޚުލާޞާ ނުކުތާ ތަކެއް)
🔗https://monogr.ph/68071db676c3c7c3fa6587c3
~ ގަލަންދާނު 🖋
☪☪☪☪☪☪
⬆️ ❞ ދިވެހިރާއްޖޭގައިވާ، ˺އެބައެއްގެ މޫނުތައް˹ ނޫރުން ފުރިފައިވާ، އަހަރެންގެ ލޮބުވެތި މުސްލިމުންނަށް ﷲ ހެޔޮ ދަރުމަ ދެއްވާށިއެވެ!
ޣައްޒާ އާއި އެބައިމީހުންނާއި ދެމެދު މާސިންގާ ދުރުމިނާއި ކަނޑުތައް ވުމާއި އެކުވެސް، އަދި ފަހަރެއްގައި އެވެރިންނީ ޚުދު އެތަކެއް އިމްތިޙާންތަކެއް ތަޙައްމަލް ކުރަމުންދާ ބައެއް ކަމުގައިވީ ހިނދުގައިވެސް، އެބައިމީހުން މިއުއްމަތުގެ ހިތް އަލިކޮށްދީފައި މިވަނީ ބޯޑަރުތަކާއި، ބަސްތަކާއި، ބިންތަކުން ފަހަނައަޅައިދާ އޯގާތެރިކަމަކުންނެވެ.
އެވެރިން މިވަނީ، لا اله الا الله ގެ ކަލިމައީ ލެޔާއި ނަސަބަށްވުރެ ހިތްތަކުގައި ބިންވަޅުނެގޭ އެއްޗެއް ކަމުގައި އަހަރެމެންނަށް ހަނދުމަ ކޮށްދީފައެވެ. އަދި އެވެރިން މިވަނީ ނަބިއްޔާ ﷺ ގެ މިޙަދީޘް ބަސްފުޅުގެ މައްޗަށް ޢަމަލުކޮށް އޭގެ މާނަ އަހަރެމެންނަށް މިޘާލުން ދައްކައިދީފައެވެ. އެޙަދީޘް ފުޅީ: މުއުމިނުންނަކީ އެއް ހަށިގަނޑެއް ފަދަ ބައެއް ކަމެވެ. އެހަށިގަނޑުން އެއް ގުނަވަނެއްގައި ވޭން އަޅާނަމަ، މުޅިހަށިގަނޑު އެއަށް އިޖާބަދީ ނިދިނަގާލުމާއި ހުންއައުމުގައި ވެޔޭއެވެ.
ފަހެ އެވެރިންގެ އެއްބައިވުންތެރިކަމާއި، އެވެރިންގެ ދީލަތިކަމާއި، އެވެރިންގެ ގުޑުމެއް ނުވާ ހަމްދަރުދީ ˺ޝައްކެތްނެތި˹ ދެމިހުރީ، މި މާތް އުއްމަތް އެއަކުން މާނަކުރެވިގެންވާ: ރަޙުމްކުޅައުމާއި އެއްބައިވަންތަކަމުގެ އަލިގަދަ ހެއްކެތްގެ ގޮތުގައެވެ.
﴿وَإِن تَتَوَلَّوۡاْ يَسۡتَبۡدِلۡ قَوۡمًا غَيۡرَكُمۡ ثُمَّ لَا يَكُونُوٓاْ أَمۡثَٰلَكُم﴾ [47:38]
(އަދި ތިޔަބައިމީހުން އެނބުރި ފުރަގަސްދޭނަމަ، ތިޔަބައިމީހުންގެ ބަދަލުގައި ތިޔަބައިމީހުން ނޫންބަޔަކު، އެކަލާނގެ ގެންނަވާހުށްޓެވެ. ދެން، ތިޔަބައިމީހުންފަދަ ބަޔަކު ކަމުގައި އެއުރެން ނުވާނެތެވެ.)
މާތް ﷲ އެބައިމީހުންގެ މަސައްކަތްތައް ޤަބޫލުކުރައްވައި، އެބައިމީހުންގެ ދަރަޖަ މަތިވެރިކުރައްވައި، އެބައިމީހުންގެ ދިރިއުޅުމާއި ޢާއިލާގައި ގިނަގުނަ ބަރަކާތް ލައްވާށިއެވެ. އަދި ޣައްޒާގައި ތިބި އަނިޔާލިބެމުންދާ އަހަރެމެންގެ އަޚުންނާއި އުޚުތުންގެ ކެކުޅުންތައް ފަސޭހަކޮށްދެއްވާށިއެވެ. އެބައިމީހުންނަށް ޘާބިތުކަމާއި، އިލާހީ ރައްކާތެރިކަމާއި، ކާމިޔާބުގެ މަތިވެރި ނަޞްރެއް ދެއްވާށިއެވެ.
އަޙްމަދް މޫސާ ޖިބްރީލް
ޝައްވާލް 19، 1446 ހ. #WeFailedGaza ❝
(ބަސްކޮޅު)
~ ގަލަންދާނު 🖋
❌❌
Weak ḥadīth
Jabir reported that Allah's Messenger (ﷺ) saw a woman, and so he came to his wife, Zainab, as she was tanning a leather and had sexual intercourse with her. He then went to his Companions and told them:
«إِنَّ الْمَرْأَةَ تُقْبِلُ فِي صُورَةِ شَيْطَانٍ وَتُدْبِرُ فِي صُورَةِ شَيْطَانٍ فَإِذَا أَبْصَرَ أَحَدُكُمُ امْرَأَةً فَلْيَأْتِ أَهْلَهُ فَإِنَّ ذَلِكَ يَرُدُّ مَا فِي نَفْسِهِ»
The woman advances and retires in the shape of a devil, so when one of you sees a woman, he should come to his wife, for that will repel what he feels in his heart.
[1] Munkar, with regard to a narration, refers to something that has been narrated by someone who is alone in narrating it, when others who are more likely to have narrated it, or should have narrated it, did not. Such a narration is rejected.
[2] Mursal: Incomplete chain, mostly refers to when it is narrated without mentioning the companion who narrated it. This is a category of ḍaʿīf aḥādīth
[3] A Mudallis is basically one who has the habit of omitting or changing the name of his teacher in the chain. This action is called Tadlīs. If he has the habit of omitting his teacher [as opposed to merely changing his name], then his narrations will only be accepted if he reports the narration using words that denote him acquiring the narration directly from the source he quotes (التصريح بالسماع). If he uses the word ‘an (عن) when reporting, the chain will be considered weak.[ref.]
⬆️ އޭގެ ޙުކުމް ނުދަނެހުރެ ޢަމަލެއް ނޫނީ ވިޔަފާރިއެއް ކުރުމުގެ ޙުކުމް
☪☪☪☪☪☪
①
ޢިލްމުވެރިން ކަނޑައަޅުއްވާފައިވާ ގޮތުން މީހަކު ކޮންމެ ޢަމަލެއް ކުރުމަށްވެސް ފޫގެޅުމުގެ ކުރިން އޭގެ ޙުކުމް ދެނެގަތުމަކީ ކޮންމެހެންވެސް އޭނާގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. އެހެނީ އެ ޢަމަލަކީ ޙަރާމް ކަމެއް ގޮތުގައިވެސް ވެދާނެ ކަމުންނެވެ. އަދިކިއެއްހެއްޔެވެ؟ މުކައްލަފު މީހާ ކަމަކުންކުރެ ކަމެއްގެ ޙުކުމް ނޭނގިހުރެ އެކަމެއް ކުރުމަކީ ޙަރާމް ކަމެއް ގޮތުގައި އިޖުމާޢުވެސް ގެނެވިފައި ވެއެވެ.⁽¹⁾
ދަންނައެ! މުސްލިމް މީހާގެ މައްޗަށް ވަނީ ޢަމަލު ކުރުމުގެ އިހަށް އުނގެނުމެވެ. އެހެންކަމުން ކަމެއްގެ ޙުކުމް އޭނާއަށް ނޭނގިހުރެ ކުރިޔާލައި އެކަން ކުރުން އޭނާގެ މައްޗަށް ހުއްދަވެގެން ނުވެއެވެ. އަދި މިކަން މާބޮޑަށްވެސް ކަށަވަރުވެގެން ވަނީ އޭނާއަށް އެކަމަކީ ފާފައެއް ނޫނީ ފާފައެއް ނޫން ކަމާއިމެދު ޔަގީންކަމެއް ނުއޮވެއްޖެ ހިނދުގައެވެ.
ﷲ تعالى ވަޙީ ކުރެއްވިއެވެ:
﴿وَلَا تَقۡفُ مَا لَيۡسَ لَكَ بِهِۦ عِلۡمٌۚ إِنَّ ٱلسَّمۡعَ وَٱلۡبَصَرَ وَٱلۡفُؤَادَ كُلُّ أُوْلَٰٓئِكَ كَانَ عَنۡهُ مَسۡـُٔولٗا﴾ [17:36]
(އަދި ތިބާޔަށް އެކަމަކާމެދު އެނގުމެއް ނުވާކަމަކަށް، ތިބާ ތަބަޢަ ނުވާށެވެ! އެހެނީ ހަމަކަށަވަރުން ކަންފަތާއި ލޮލާއި އަދި ހިތަކީ (މިހުރިހާ އެއްޗަކީ) އޭނަޔާމެދު ސުވާލުވެވޭނެ ތަކެއްޗެވެ.)
އައްޝެއިޚް މުޙައްމަދު އަލްއަމީން އައްޝަންޤީޠީ رحمه الله تعالى ވިދާޅުވިއެވެ:
”މި މާތް އާޔަތުގައި އެއިލާހު جل وعلا މިވަނީ ގޮތްނޭނގޭ ކަމެއްގައި ތަބަޢަވުން ނަހީ ކުރައްވާފައެވެ... އަދި އޭގެ ތެރެއަށް ޢިލްމާއި ނުލާ ދައްކާ ކޮންމެ ވާހަކަޔަކާއި، އެކަމެއްގެ ޢިލްމެއް ނެތި ހުރެ އިންސާނާ ކުރާ ކޮންމެ ޢަމަލެއްވެސް ވަދެފައިވެއެވެ. އަދި މިމާނަޢަށް އެހެން އެތަކެއް އާޔަތެއްގައިވެސް އެއިލާހު جل وعلا ވަނީ އިޝާރާތް ކުރައްވާފައެވެ.“— انتهى من "أضواء البيان" (3/682)
އަދި އަލްއިމާމް އަލްބުޚާރީ رحمه الله އެކަލޭގެފާނުގެ "ޞަޙީޙު" ގައި ބާބު ކުރެއްވިއެވެ:
”ބާބު: ބަހާއި ޢަމަލުގެ އިހަށް ވަނީ ޢިލްމެވެ. އެއީ ﷲ ގެ މިވަޙީ ބަސްފުޅުގެ މައްޗަށެވެ: ﴿فَاعْلَمْ أَنَّهُ لا إِلَهَ إِلا اللهُ﴾ [އެހެންކަމުން ދަންނާށެވެ! ˺އޭ ނަބިއްޔާއެވެ!˹ ﷲ ފިޔަވައި ޙައްޤު ވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ.] — މިގޮތުން ފެއްޓެވީ ޢިލްމުންނެވެ.“
އަދި އިބްނުލް މުބާރަކާއި ސުވާލުވެވުނެވެ: ”ޢިލްމު ހޯދައިގެން މެނުވީ މުއުމިނަކަށް ނުކުރެވޭނޭ ކަމަކީ ކޮބައިތޯއެވެ؟ އަދި އޭނާ އުގެނެންޖެހޭ އެއްޗަކީ ކޮބައިތޯއެވެ؟ ވިދާޅުވިއެވެ: ”ޢިލްމުގެ މައްޗަށް މެނުވީ އޭނާއަށް އެއްވެސް ޢަމަލެއް ކުރެވުމެއް ނުވެއެވެ. އަދި އަހައި ސުވާލުކޮށްގެން މެނުވީ އެކަން އޭނާއަށް ވުމެއް ނުވެއެވެ.“ — انتهى من "جامع بيان العلم وفضله" (1 / 52 – 56)
⬆️ބަޔާން ވެވުނު ފަދައިން، ޢިލްމުވެރިން ވަނީ މިކަމުގެ މައްޗަށް އިޖުމާޢު ވެލައްވާފައެވެ:
އަލްޤަރާފީ رحمه الله تعالى ވިދާޅުވިއެވެ:
”މުކައްލަފު މީހާ، ކަމަކުން ކުރެ ކަމެއްގައިވާ ﷲ ގެ ޙުކުމް ފުޅު ނޭގެނީސް އެކަމެއްގައި އިސްވެގަތުން ހުއްދަވެގެން ނުވާ ކަމުގެ މައްޗަށް، "إحياء علوم الدين" ގައި އަލްޣަޒާލީ އިޖުމާޢެއް ވިދާޅުވިއެވެ. ހަމައެފަދައިން ޝާފިޢީގެފާނު އެކަލޭގެފާނުގެ "ރިސާލާ" ގައި މިކަމުގައި އިޖުމާޢު ވާކަމުގައި ނަންގެންނެވިއެވެ. އެހެންކަމުން ގަނެވިއްކައި ހަދާ މީހެއްނަމަ، ވިޔަފާރީގައި ﷲ ކަނޑައަޅުއްވައި އަދި ޝަރުޢުކުރައްވާފައި އެއްޗެއް އުނގެނުން ވާޖިބުވެގެން ވެއެވެ. އަދި ކުއްޔަށް ހިފުމާއި ކުއްޔަށް ދިނުމުގައި އުޅެގަންނަ މީހާ، ﷲ تعالى الإجارة ގައި ޝަރުޢު ކުރައްވާފައިވާ އެއްޗެއް އުނގެނުން ވާޖިބެވެ. އަދި ލޯނު ދީ އެހޯދާ މީހާ، ﷲ تعالى القراض ގައި ޝަރުޢު ކުރައްވާފައިވާ އެއްޗެއް އުނގެނުން ވާޖިބެވެ. އަދި ވަކި ނަމާދެއް ކުރަން އުޅެއްޖެ މިހާ، އެނަމާދެއްގައި ﷲ تعالى ލައްވާފައިވާ ޙުކުމްތައް އުނގެނުން ވާޖިބެވެ. އަދި ޠަހާރަތުގައިވެސް ވަނީ ހަމަ މިފަދައިންނެވެ. އަދި އެނޫންވެސް އެންމެހާ، އަނގައިން އަދި ޢަމަލުން ކުރެވޭ ކަމެއްގައި ވެސް މެއެވެ.“ — انتهى. "الفروق" (2 / 275)
❎Reason for the prohibition of the fraudulent Gemcue (or Gmcu) scheme and its various proxies, including Mact, FNDK, AbrdnX, and others. [Part 2]
🔗https://monogr.ph/67fc222b5caa553227ccd7c3
~ Galandān 🖋
❎Reason for the prohibition of the (fraudulent) Gemcue or Gmcu scheme and its other proxies, including Mact, FNDK, AbrdnX etc. (which claims to trade in forex using grid trading bot/s.)
1️⃣ It is operated under a pyramid scheme, see illustration here. (we have already detailed on the prohibition of pyramid or ponzi schemes, here)
2️⃣The unavailability of options to select or identify the coin being sold, or prior knowledge of whom it is being sold to.
Spot trading is the only option which is ḥalāl in crypto trading, but it is with conditions, Firstly: the coins being traded should be ḥalāl in itself, Secondly: the usage of the coin should be for a ḥalāl purpose (hence the buyer should be known). (See for an overview, here) Thirdly: The ownership should be without delay (hand-to-hand, see below).
3️⃣It inlcudes Riba an-nasīʾah: One of the conditions of trading in currency is that the exchange takes place on the spot. The fact that the money is recorded in your account with the "company", without you being able to withdraw it until after one or two days, according to what the company can afford, means that this condition is not met. Hence it comes under the heading of riba an-nasīʿah. (Fatwā 1) (Fatwā 2)
~ Galandān 🖋
ޗާޓް: މުޢައްޔަން ތަކްފީރުގެ ޝަރުޠުތަކާއި މަގުހުރަސްތައް (ޚުލާޞާ)
ފޮޓޯގެ (hd) ފައިލް ޝެއަރ ކުރައްވާ.
މަޞްދަރު: ޢަބޫ ސުފްޔާން އައްސުލަމީގެ ދަރުސް (شرح شروط وموانع التكفير) އިން.
~ ގަލަންދާނު
`
🔗 ޝައްވާލު މަހުގެ ހަރޯދައިގެ މައްޗަށްވާ ޚުލާސާ
~ ގަލަންދާނު ~
⚙️ މިއީ ބޮޑުވެގެންވާ ނިޢުމަތަކަށް ވެވޭ ޝުކުރެކެވެ.
އީމާން ކަން ބަލިކަށި ބައެއް މީހުން، ޢީދުގައި އުފާ ކުރަނީ ރަމަޟާން މަސް ނިމި އޭގައި ކުރެވޭ އަޅުކަން އަވަދިވީތީއެވެ. އެއީ އެއަކީ އެވެރިން ބުރަކަށިމައްޗަށް ލެވުނު ބުރައެއް ފަދައިންނެވެ. މިބައިމީހުން ވަނީ ބޮޑުވެގެންވާ ނުރައްކަލެއްގެ ތެރޭގައެވެ. ފަހެ މުއުމިނުތަކުން ޢީދުގައި އުފައު ކުރަނީ، ﷲ تعالى އެވެރިންނަށް އެމަސް ފުރިހަމަ ކުރުމުގެ ތައުފީޤު ދެއްވީތީއެވެ. އަދި ރޯދަތައް ފުރިހަމަ ކުރެވުނީތީއެވެ. އެހެންކަމުން ﷲ އަށް މި ނިޢްމަތަށްޓަކައި ޝުކުރުވެރި ވެއެވެ.
— އައްތަޛްކިރާ
~ ގަލަންދާނު 🖋