ޢިލްމު އަދި އެއަށް ލޯބިކުރާ ދަރިވަރުންނަށް Notes by, ibn Fahmī Dīdī عفا الله عنه Friends & family 🤖 Contact: @galandan_bot 🌐 English: @galandaan
⚙️[Weak] Ḥadīth of Nahhās bin Qahm [Regarding the Virtures of the First 10 Days of Dhul Ḥijjah]
❝ Abū ʿĪsā Al-Tirmidhī stated in “Al-Jāmiʿ ” No. 758:
Abū Bakr bin Nāfiʿ Al-Baṣrī reported to us saying: Masʿūd Bin Wāṣil narrated to us, on the authority of Nahhās bin Qahm, on the authority of Qatādah, on the authority of Saʿīd bin Al-Musayyab, on the authority of Abū Hurairah, from the Prophet (peace and blessong be upon him) :
«مَا مِنْ أَيَّامٍ أَحَبُّ إِلَى اللَّهِ أَنْ يُتَعَبَّدَ لَهُ فِيهَا مِنْ عَشْرِ ذِي الْحِجَّةِ يَعْدِلُ صِيَامُ كُلِّ يَوْمٍ مِنْهَا بِصِيَامِ سَنَةٍ وَقِيَامُ كُلِّ لَيْلَةٍ مِنْهَا بِقِيَامِ لَيْلَةِ الْقَدْرِ»
"There are no days more beloved to Allah that He be worshipped in them than the ten days of Dhul-Hijjah, fasting every day of them is the equivalent of fasting a year, and standing every night of them (in prayer) is the equivalent of standing on the Night of Qadr."
✨ ދޫކޮށްލެވިފައިވާ ސުންނަތް ތަކުގެ ތެރޭގައި:
ޛުލް ޙިއްޖާ ގެ ދިހަ ދުވަހުގެ ތެރޭގައި ރަމަޟާން މަހުން ގެއްލިފައިވާ ރޯދަ ތައް ޤަޟާއު ކުރުން ހިމެނެއެވެ. އެދުވަސްވަރުގެ ފަޟުލުވަންތަކަން ހޯދައިގަތުމަށެވެ:
އަލްއަސްވަދް ބުނު ޤައިސް އަރިހުން ރިވާވެގެން ވެއެވެ: ވިދާޅުވިއެވެ: ”ރަމަޟާން މަހުގެ ޤަޟާއުތައް، މި ދިހަ ދުވަސް ތެރޭ ކުރެއްވުމަށް ޢުމަރު ބުނުލް ޚައްޠާބް ލޯބިކުރައްވައެވެ.“ އެބަހީ ޛުލް ޙިއްޖާ މަހުގެ ދިހަ ދުވަހެވެ.
⬆️ ”ޛުލް ޙިއްޖާ މަހުގެ ދިހަ ދުވަހުގެ ތެރޭ ޝަރުޢު ވެފައިވާ އަޅުކަންތައް، ދެ ބަޔަކަށް ބެހެއެވެ:
⓵ މި ދުވަސްތަކުގައި މެނުވީ ޝަރުޢުވެގެން ނުވާ ވަކި ޚާއްޞަ އަޅުކަން ތައް؛ ޙައްޖު އާއި އުޟްޙިޔާ އަދި — ވަކި ޚާއްޞަ ސިފަޔެއްގައި ކިޔޭ — ތަކްބީރު ފަދަ.
⓶ މި ދުވަސްތަކާއި އެހެނިހެން ދުވަސްތަކުގައިވެސް ޢާންމު ގޮތެއްގައި ޝަރުޢުވެގައިވާ އަޅުކަންތައް؛ (ސުންނަތް) ރޯދަ އާއި ނަމާދާއި އަދި އެންމެހާ ކުއްތަން ވުމުގެ ޢަމަލުތައް — އެހެނީ މިތަކެތި ވަނީ މިދުވަސް ތަކަށް (އޭގެ މޮޅު އިތުރުކަން) ކަށަވަރުވެފައި.“
— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު الله އައްސަޢްދު (ބަސްކޮޅު)
~ ގަލަންދާނު 🖋
Al-Shaykh Sulaymān Al-ʿAlwān (Source)
~ Galandān 🖋
❓ Ruling on Sending the al-Uḍḥiyah Outside the Sacrificer’s Country
- page ① -
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
Question: You know, may Allah reward you, that many countries in the Islamic world are in extreme poverty. So which is better: to sacrifice in this country or in these poor countries?
[Answer]
[The issue is: the ruling on the one who is offering the sacrifice transferring his uḍḥiyah to be slaughtered in a place other than his own, whether that is in the same country or in another country, on the grounds that there are Muslims in that country who are in greater need of the uḍḥiyah meat than the Muslims in his own country.
Praise be to Allah, the Lord of the Worlds, and blessings and peace be upon His Noble Messenger and upon his family and Companions.] ⁽¹⁾
It should be noted that one of the major issues to which Islam pays attention, and one of its greater aims, is to promote what is in people’s interests and to take care of needy and poor Muslims. One of the important issues in this regard is the permissibility of transferring the uḍḥiyah from the land of the one who is offering the sacrifice to another land, especially as there is nothing in the Book of Allah or the Sunnah of His Messenger (blessings and peace of Allah be upon him) to suggest that this is not allowed. The basic principle in that regard is that it is permissible. If it is permissible in the case of zakah, which is obligatory according to consensus, to transfer it from one land to another land to serve a greater interest and meet a greater need, then how about the uḍḥiyah, which is mustaḥabb (i.e. a recommended act as opposed to being an obligation)?
⚠️Some scholars disallowed it, on the grounds that it means missing out on practising this ritual, and Allah says (interpretation of the meaning):
▶️وَٱلۡبُدۡنَ جَعَلۡنَٰهَا لَكُم مِّن شَعَٰٓئِرِ ٱللَّهِ لَكُمۡ فِيهَا خَيۡرٞۖ فَٱذۡكُرُواْ ٱسۡمَ ٱللَّهِ عَلَيۡهَا صَوَآفَّۖ فَإِذَا وَجَبَتۡ جُنُوبُهَا فَكُلُواْ مِنۡهَا وَأَطۡعِمُواْ ٱلۡقَانِعَ وَٱلۡمُعۡتَرَّۚ كَذَٰلِكَ سَخَّرۡنَٰهَا لَكُمۡ لَعَلَّكُمۡ تَشۡكُرُونَ◀️
“And the Budn (cows, oxen, or camels driven to be offered as sacrifices by the pilgrims at the sanctuary of Makkah.) We have made for you as among the Symbols of Allah, therein you have much good. So mention the Name of Allah over them when they are drawn up in lines (for sacrifice). Then, when they are down on their sides (after slaughter), eat thereof, and feed the beggar who does not ask (men), and the beggar who asks (men). Thus have We made them subject to you that you may be grateful.” [al-Hajj 22:36].
But quoting this verse as evidence is a matter that is subject to further discussion, for two reasons:
(i) Not everyone has their uḍḥiyah offered outside their own countries; rather there are still some who offer the sacrifice in their own countries, so practising the ritual is still being done..
(ii) Even if we assume that all people are having their uḍḥiyahs sacrificed outside their country, the basic principle of practising the ritual is still being carried out. It is being more strongly manifested in another country, even if it is less so in the country of the one who is offering the sacrifice, and that is done on the basis of need (ḥājah) and serving an interest (maṣlaḥah) =
-------------------
[1] This paragraph in brackets were additional in the fatwā cited in Al-Moslim net (see)
📝 Ruling On Working For The Customs And Tax Department
https://monogr.ph/682be62670c5a5ce1434287c
Reference: Islamqa, Fatwā no. 39461
~ Galandān
`
☪☪☪☪☪
▶️وَلَوۡ كَانُواْ يُؤۡمِنُونَ بِٱللَّهِ وَٱلنَّبِيِّ وَمَآ أُنزِلَ إِلَيۡهِ مَا ٱتَّخَذُوهُمۡ أَوۡلِيَآءَ وَلَٰكِنَّ كَثِيرٗا مِّنۡهُمۡ فَٰسِقُونَ◀️ (5:81)
(އަދި އެމީހުން ﷲ އަށާއި نبي އާ އަށާއި އަދި އެކަލޭގެފާނަށް ބާވައިލެއްވުނު ތަކެއްޗަށް އީމާންވާނަމަ އެއްގޮތަކަށްވެސް އެކާފަރުން އެއީ ތިމާމެންގެ ސަހަރޯވެރިންކަމުގައި ބަލައި إختيار ނުކުރީހެވެ. އަދި އެހެނެއްކަމަކު އެމީހުންކުރެ ގިނަމީހުންނަކީ فاسق ންނެވެ.)
ތިމާގެ އަތުން ނުޙައްޤުން ނިގުޅައިގަނެވިފައިވާ ޙައްޤުތަކުގެ ކުޑަ އިންސައްތައެއް ހޯދުމަށްޓަކައި ވިޔަސް ގޮތް ދޫކުރުމީ، ވަކިން ޚާއްޞަކޮށް އެއީ — ޔަހޫދީންނާއި އެކު ޢާންމު ޙާލަތަށް ގުޅުން އިޢާދަ ކުރުމާއި، މުވައްޙިދުންނަށް ފިޔަވަޅުއަޅައި ނުވަތަ އެމުވައްޙިދުންނަށް ޚިޔާނާތްތެރިވުންފަދަ — ދީން ޤުރުބާންކޮށްލައިގެން ދޭ ދުލެއްނަމަ، އަދި އެއީ ﷲ ގެ ޝަރީޢަތް ބަދަލުކޮށްލައިގެން ދޭ ދުލެއްނަމަ، އެއަކީ އެންމެ ނުރައްކާތެރި ކުފުރާއި ނިކަމެތިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
އެއީ އެޔަކަށް ފަޚުރުވެރިކަން ލިބިދޭ ޢަމަލެއްނޫނެވެ. އަދި ކިއެއްތަ؟ އެއީ ފުންކަން ބޮޑު އަދި ލަދުވެތި ބަދުނާމެކެވެ. މިކަމުގެ ލަދުވެތިކަން އިތުރަށް ބޮޑުވެގެންދަނީ ޢަދުއްވުގެ ފުށުން ލިބޭ މިފަދަ ލުޔަކަށް ޘަނާތައް ކިޔައި އެއީ އޭނާގެ ދީލަތިކަން ކަމުގައި ޤަބޫލުކޮށް އަމިއްލަ ނަފްސު ވާވެއްދުމެވެ.
ދުނިޔޭގެ އެއްކަނެއްގައި މުސްލިމުންގެ ލެއިން ބިންގަނޑު ފޯކުރަމުންދާ ޢަދުއްވަކާއި އެކު ދުނިޔޭގެ އަނެއްކަނެއްގައި އެއްބަސްވުންތައް ހެދުމީ، ދީނީ ހަމައިން ނެއްޓި ދިޔުމުގެ އެންމެ މަތީ ދަރަޖައިގެ ކަމެކެވެ. އެއީ ގުޅިލާމެހިފައިވާ އަހަރެމެންގެ އެއްބައެއްވަންތަކަމުގެ ސީދާ އަސާސަށް ވެވޭ އިހާނެއްޗެކެވެ.
މިފަދަ ޢަމަލުތަކުގެ ސަބަބުން މިއުއްމަތަކީ އޭގެ ރިހުމާއި އޭގެ ކެކުޅުމާއި އޭގެ ޢިއްޒަތުގައި އެކަތިގަނޑަކަށް އޮންނަ އެއްހަށިގަނޑެއްކަމުގައިވާ އަސާސުގައި ރެނދުލައެވެ.
އޭނާގެ ޤައުމާއި އެކު، ޣާޒާގެ ޤާތިލުން ހަތިޔާރު އަޅުވައި ރައްކައުތެރިކޮށްދެމުންދާ ޠާޣޫތު ޓުރަމްޕު، ދެޙަރަމްފުޅުގެ ބިމަށް، އިސްލާމީ އުއްމަތުގެ ލަގޮނޑިއަށް، އަދި ތަޥްޙީދުގެ ބިމޭ ދައުވާކުރެވޭ ބިމަށް، މަތިވެރި ޝަރަފާއި ޝަހާމަތުގައި މަރުޙަބާކީގެން ދިޔަ ޙަފުލާގައި ބައިވެރިވުމީ އެހާމެ ލަދުވެތި ކަމެކެވެ. އަދި ޚިޔާނާތެއްވެސް މެއެވެ.
އަނިޔަލުގައިވާ ފަރާތްތަކުގެ ރުއިމުގެ އަޑު ގުގުމަމުން ދިޔަހިނދުވެސް، ރަތްދޫލަތަށް ދެމި ޚަޒާނާތައް އޭނާގެ ފައިދޮށަށް ލެވުނެވެ.
މިއާ ޚިލާފަށް، އަދުގެ މުސްލިމުންނަށްވުރެ މާ ބޮޑު ބަލިކަށި މަޤާމެއްގައި ހުންނެވި ރަސޫލާ صلى الله عليه وسلم، އެކަލޭގެފާނުގެ ޒަމާނުގެ އެންމެ ބާރުގަދަ ސުޕަ-ޕަވަރަށް ˺ނިކަމެތިކަމުގެ ރާގެއްނުވާ˹ ޢިއްޒަތްވަންތަ ބަހުރުވާގައި ރިސާލާތް ލިޔުއްވެވިއެވެ. އެކަލޭގެފާނު އެންގެވިއެވެ: "އިސްލާމްދީން ގަބޫލުކޮށްފިނަމަ؛ ކަލޭމެންނަށް ސަލާމަތްކަންވާނެއެވެ."
ﷲ ގެ ޙައްޤު ވަންތަކަމާއިމެދު އެކަލޭގެފާނުގެ ބަރޯސާ، ވީ، އެފަދަ ގުޑުމެއްނުވާ އިތުބާރުގެ މަތީގައެވެ. އެއިތުބާރަކީ ދުނިޔެވީ ބާރުތައް ފަހަނައަޅައި ދިޔަ އިތުބާރެކެވެ. އެކަލޭގެފާނުގެ މިޘާލުފުޅުން، އަހަރެމެންނަށް ހަނދުމަކޮށްދެނީ އަހަރެމެންގެ އާރާއިބާރުވަނީ އަނިޔާވެރިންނާއި އެކު ގުޅުންތައް ބަދަލުކުރުމުގައެއް ނޫންކަމެވެ. އެހެނަސް، ﷲ އާއިމެދު އޮންނަ އަހަރެމެންގެ ގުޑުމެއް ނުވާ އިތުބާރުގައި ކަމެވެ. އަދި އެއިލާހުގެ އަމުރުފުޅުތަކަށް ބޯލެނބުމުގައި ކަމެވެ.
˺އައްޝެއިޚް˹ އަޙްމަދު މޫސާ ޖިބްރީލް
16 ޛުލް ޤައިދާ ، 1446 ހ. (އަޞްލު)
~ ގަލަންދާނު 🖋
📌އަރައިރުންވެ ކޮޅުގަދަކުރުމީ ޙައްޤަށް ވާޞިލުވުމެއް ނޫނެވެ. އަދި މިމަގު ޚިޔާރުކޮށްފިމީހާ އަވަސްކަމާއިއެކު މަގުފުރެދެއެވެ.
❞ މަޢްނު ބުނު ޢީސާ އަރިހުން ރިވާވެގެންވެއެވެ: ”މާލިކް ބުނު އަނަސް رحمه الله މިސްކިތުގައި އެއްދުވަހެއްގައި ވަޑައިގެން އަތްމައްޗަށް ލެނގިލައްވައިގެން އިންނަވަނިކޮށް، އަބުލް ޙޫރިއްޔާ އޭ ކިޔޭ މީހަކު އެކަލޭގެފާނު ގާތަށް އަޔެވެ. މީނާއަކީ އިރްޖާއު އަށް ތުހުމަތުވެފައިވާ މީހެކެވެ.
މީނާ ބުންޏެވެ: ”އޭ ﷲގެ އަޅާއެވެ. އަހަރެންފުށުން އެއްޗެއް އަޑުއަހައިބަލާށެވެ. އަހަރެން ތިބާގާތު އެވާހަކަ ދައްކައި، އެއާއިމެދު ޖަދަލުކޮށް، އެއާއިމެދު އަހަރެން ދެކޭގޮތް ކިޔައިދޭނަމެވެ.“
މާލިކް ވިދާޅުވިއެވެ: ”ފަހެ ތިމަންކަލޭގެފާނު މައްޗަށް ˺ޖަދަލުގައި˹ ކަލޭ މޮޅުވެއްޖެނަމަ ކިހިނަކުން ހެއްޔެވެ؟“
އޭނާ ބުންޏެވެ: އަހަރެން ކަލޭގެފާނުގެ މައްޗަށް ގަދަވެއްޖެނަމަ، ކަލޭގެފާނު އަހަރެންނަށް ˺އެކަމުގައި˹ ތަބަޢަވާނީއެވެ.
އެކަލޭގެފާނު (މާލިކް) ވިދާޅުވިއެވެ: ”ފަހެ އެހެން، ތިންވަނަ ފަރާތެއް އައިސް، ވާހަކަދައްކައި އަހަރެމެން ދެމީހުންގެ މައްޗަށް ގަދަވެއްޖެނަމަ ކިހިނަކުން ހެއްޔެވެ؟“
އޭނާ ބުންޏެވެ: ”އަހަރެމެން އޭނާއަށް ތަބަޢަވާނީއެވެ.“
އެހެންކަމުން މާލިކް رحمه الله تعالى ވިދާޅުވިއެވެ: ”އޭ ﷲ ގެ އަޅާއެވެ! ﷲ عزَّ وجلَّ ނަބީ މުޙައްމަދު ﷺ ފޮނުއްވެވީ އެންމެ ދީނަކާއިގެނެވެ. އެހެނަސް އަރެންނަށް ފެންނަނީ ކަލޭ އެއްދީނުން އަނެއް ދީނަށް ބަދަލުވަމުންދާތަނެވެ.“
ޢުމަރު ބުނު ޢަބްދުލް ޢަޒީޒު رحمه الله ވިދާޅުވިއެވެ:
(مَنْ جَعَلَ دِينَهُ غَرَضًا لِلْخُصُومَاتِ، أَكْثَرَ التَّنَقُّلَ)
”އަރައިރުން ވުމީ އެމީހެއްގެ ދީނުގެ އަމާޒަކަށް ހަދައިފިމިހާ، ގިނަގުނައިން (އޭނާ ދެކޭގޮތް) ބަދަލުވޭ ވޭ ހުރެއެވެ.“ ❝ — اهـ .
—އަލްއަޖޫރީ ގެ ”الشريعة“ 117 ވަނަ ރިވާޔަތް.
~ ގަލަންދާނު 🖋
⚙️Regarding The Expiation For One Who Has Intercourse While Menstruating
❝ Ḥadīth of Ibn ʿAbbās, on the authority of the Prophet, peace and blessings be upon him - regarding the one who has intercourse with his wife while she is menstruating - he said:
«يتصدق بدينار أو نصف دينار»
“They should give charity of a dinar or half a dinar.” —Narrated by the five. ⁽*⁾
There is disagreement regarding its chain of transmission, text, and ruling.
The most correct view regarding the chain of transmission is that it is Mawqūf (not attributed to the Prophet).
The most correct view on the text is the wording mentioned above, which presents the option (between the two values).
The most correct view regarding the ruling is that expiation is not required; what is required is only seeking forgiveness. ❞
#حديث_ضعيف
— Al-Shaykh Fahd Al-Sunīd (text)
~ Galandān 🖋
--------------------------
* The Five, means: Al-Tirmidhī, Al-Nasāʾī, Abū Dāwūd, ibn Mājah and Aḥmad.
②
⬆️މަތިމަސް ކުރުކުރުމުގެ ޞިފަތައް އަދި އޭގެ ޙުކުމްތައް
1️⃣ القص (ކުރުކުރުން)
މީގެ މާނައީ ތުންފަތް މައްޗަށް މަތިމަސް ދިގުވާ ބައި ކޮށައި ކުރުކުރުމެވެ. (މުޅި މަތިމަސް ތުނި ކުރުމެއް ނޫނެވެ.) އަދި މި ލަފުޒަކީ އަބޫ ހުރައިރާ އާއި އިބްނު ޢުމަރާއި އެނޫން ބޭކަލުންގެ ޙަދީޘް ތަކުން އައިސްފައިވާ ޞަރީޙަ އޭގެ މާނައަށް ދެބަސް ވުން ނުވާ ލަފުޒެކެވެ.
2️⃣الإحفاء (ތުނިކުރުން) ، އަދި މިއާއި އެއްމާނައެއްގައިވާ ލަފްޒުތައް (أنهكوا) ދުއްވައިލުން، (جُزّوا) ގަދަޔަށް ކުރުކުރުން
މިއީ އިބްނު ޢުމަރުގެ އެކިރިވާޔަތް ތަކުގައި އައިސްފައިވާ ލަފްޛުތަކެކެވެ. ދެން މިލަފްޛުތައް މާނަ ކުރުމުގައި ޢިލްމުވެރިން ޚިލާފުވެލެއްވިއެވެ:
⬅️(ހ) ފުރަތަމައީ އެއީ ހަމަ القص ކަމުގައެވެ. މަތިމަހުގެ ތިރިން ތުނިކުޅައުމެވެ. އަދި ތުންފަތް މައްޗަށް ފައިބާފައިވާ އެއްޗަށްވުރެންވެސް އިތުރަށް މަތިމަހުގެ ތިރިން ކޮށައި ތުނިކުރުން ކަމުގައެވެ.
އަދި މިއީ އިމާމް މާލިކުގެ ރައުޔެވެ. (އެއީ މަތީ ތުންފަތުގެ ކައިރިފަށުން ކުރުކުރުން ކަމުގައެވެ.) އެކަލޭގެފާނު އިބްނު ޢުމަރުގެ މިލަފުޛުތައް ނެންގެވީ މައިގަނޑު ޙަދީޘު ތަކުގެ ބޭރުފުށުގެ މާނައަށް ދޭހަވާގޮތުގެ މައްޗަށެވެ. ލަފްޛީ މާނައަކަށް ނޫނެވެ. އަދި މިއީ މަދީނާގެ އަހުލުންގެ ޢަމަލު އޮތް ގޮތް ކަމުގައެވެ. އަދި އެކަލޭގެފާނު މަތިމަސް އެއްކޮށް ތުނިކުރުމާއި އަދި ބޭލުން އިންތިހާއަށް އިންކާރު ކުރެއްވިއެވެ. އަދި އެއީ ޞިފަ އަޢިބު ކުރުން ކަމުގައި ދެކިލެއްވިއެވެ. އަދި ބިދުޢައެއް ކަމުގައިވެސް މެއެވެ. އަދި މަތިމަސް ބާލައިފި މީހާ އަށް އަދަބު ދޭންޖެހޭނޭ ކަމަށްވެސް ދެކިލެއްވިއެވެ. އަދި މާލިކީންގެ ރައުޔުގައި އެފަދަ މީހާގެ ހެކިބަސްވެސް ބަލައި ނުގަނެވެއެވެ.
މާލިކް ވިދާޅުވިއެވެ: ”ޢުމަރު ބުނުލް ޚައްޠާބު އަރިހުން ވާރިދުވެފައިވާ ގޮތުގައި، "އެކަލޭގެފާނު ކަމަކާއި މެދު ކަންބޮޑުފުޅުވެއްޖެ ނަމަ އެކަލޭގެފާނުގެ މަތިމަހުގެ ކޮޅު ގައި ހިއްޕަވައި އަނބިރުއްވަވައެވެ." އެބާލައްވާފައިވީނަމަ، އަނބުރުއްވާނޭ އެއްޗެއް ނުވީހެވެ.“
އަދި މިއީ ޝާފިޢީންގެ މަޛުހަބު ކަމުގައި އައްނަވަވީ ކަނޑައެޅުއްވިއެވެ. ވިދާޅުވިއެވެ: ”މަތިމަސް ކުރުކުރުމުގައިވާ ޤަވާޢިދަކީ، ތުންފަތުގެ މަތީ ކައިރިފަށް ފާޅުވާނޭ ވަރަށް ކުރުކުރުމެވެ. ˺އިސްތަށިތަކުގެ˹ ބުޑުން ތުނިކުރުމެއް ނޫނެވެ. އަހަރެމެންގެ (ޝާފިޢީންގެ) ރައުޔަކީ މިއެވެ.“
އަދި ޝާފިޢީންގެ އިމާމު އައްރަމްލީ ވިދާޅުވިއެވެ: ”އެކަން ކުރުމުގައި އިސްތަށިތަކުގެ ބުޑާއި ހަމައިން ތުނިކުރުން، މަކުރޫހަ ވެގެން ވެއެވެ.“
އަދި ޙަންބަލީންގެ ވެސް މަޛުހަބު މިގޮތަށް ކަނޑައަޅާފައިވެއެވެ. އެކަމީ القص ކަމެވެ. ބޭލުމެއް ނޫން ކަމެވެ. އަލްބުހޫތީ ވިދާޅުވިއެވެ: ”{މަތިމަސް حف ކުރުން} ޝަރަޙަ: ނުވަތަ އެބަހީ އޭގެ ތިރީ އަރިމަތިން ކުރުކުރުމެވެ. މިއީ ސުންނަތެކެވެ. އަދި (އަޙްމަދުގެ އަރިހުން) ނައްޞުވެގެން ވާގޮތުން ތުނިކުރުން އައުލާކަން ބޮޑެވެ. އެއީ القص ކުރާއިރު (ތުންފަތުގެ މަތީ ކަރިރިފަށަށްވުރެ) އިތުރަށްވެސް ކުރުކުރުމެވެ.“
އަޞްޙާބު ބޭކަލުން ތެރެއިން އަބޫ އުމާމަތުލް ބާހިލީ، ޢަބްދު ﷲ ބުނު ބުސްރް، ޢުތުބަތުބްނު ޢަބްދުއް ސުލަމީ، އަލްޙައްޖާޖު ބުނު ޢާމިރުއް ޘަމާލީ އަދި މިޤްދާމު ބުނު މަޢަދް ޔަކްރިބުލް ކަންދީ އަރިހުން، ތުންފަތުގެ މަތީ ކައިރިފަށާއި ހަމަޔަށް މަތިމަސް ކުރު ކުރައްވާ ކަމުގައި އަލްބައިހަޤީ އަބޫ މުސްލިމުލް ޚަޥްލާނީ އަރިހުން ރިވާކުރެއްވިއެވެ.
⬅️(ށ) އަނެއްބައި ބޭކަލުން ނާނަކުރެއްވީ އެއީ މުޅި މަތިމަސް ތުނިކުރުން އެހެނަސް ބޭލުން ނޫން ކަމުގައެވެ.
އަދި މިއީ ހަނަފީންގެ ތެރެއިން ފަހުގެ ބޭކަލުންގެ ވިދާޅުވުމެވެ. އަދި އަޙްމަދާއި އައްޝާފިޢީ އަށް މިރައުޔު ރައްދުވެވެއެވެ.
އަބޫ ސަޢީދުލް ޚުދްރީ ، ސަލަމާ ބްނުލް އަކްވަޢު، ޖާބިރު ބްނު ޢަބްދު ﷲ، އިބްނު ޢުމަރު އަދި އަބޫ އުސައިދު އަރިހުން، މަތިމަސް ”جزّ“ (ބޮޑުތަނުން ތުނިކުރައްވަޔޭ) އެއީ ބޭލުމުގެ އަނެއްވައްތަރޭ“ ވާރިދުވެފައިވެއެވެ.
ފުރަތަމަ ރައުޔުގެ ބޭކަލުން ވިދާޅުވެއެވެ: القص އަކީ ޞަރީޙަ ސާފު ލަފުޛެކެވެ. އަދި ދެން މިހުރި ލަފުޛުތަކީ ތަފާތު މާނަ އެއިންނެރެވޭ ތަކެއްޗެވެ. އަދި ބަހުރުވައިގެ ގޮތުންވެސް الإحفاء ، إنهاك، جز ގެ މުރާދަކީ އެއްކޮށް ދުއްވައިލުމެއް ނޫނެވެ. އެއިން ބައެއް ދުއްވައިލުމެވެ.
މިގޮތުން މިބޭކަލުން އެއީ ތިރީ ތުންފަތް މައްޗަށް ފައިބާ ބަޔާއި މަތީ ތުންފަތުގެ ކުލަގެއްލޭ ކައިރިފަށާއި އެއާ ވިދިގެންވާ ބައިން އިސްތަށި ކޮށުން ނޫނީ ތުނިކުރުން ކަމުގައި މާނަ ކުރެއްވިއެވެ. ވީމާ ދެބަސް ވެވުނީ ތުނި ކުރަންވީ މުޅި މަތިމަސްތޯ ނޫނީ ތިރީކައިރިންވާ ބައިތޯ އާއި މެދުގައެވެ. ބޭލުމުގެ މައްޗަކަށް ނޫނެވެ.
⬅️(ނ) ބައެއް ބޭކަލުން އޭގެން ނެގޭ މާނައީ "ބޭލުން" ކަމުގައި މާނަކުރެއްވިއެވެ. އަދި މިއީ މިމައްސަލާގައިވާ 3 ވަނަ ރައުޔުވެސް މެއެވެ.
•••
”އިމާމް މާލިކާއި އަބޫ ޙަނީފާ އަދި އައްޝާފިޢީ މުޠްލަޤުކޮށް އަންހެނާގެ މޫނު ކަޝްފުކުޅައުން ހުއްދަކަމަށް ދެކިލެއްވިކަމާއި މެދު ބުނެއްޖެ މީހާ އެވަނީ ކުށް ބަހެއް ބުނެފައެވެ. އެއީ އެބޭފުޅުން އެބަސްތައް ބޭނުން ކުރެއްވި ޙާލަތް ނޫން ޙާލަތެއްގައި އެބޭނުން ކޮށްގެނެވެ. އަދިކިއެއްތަ އެބަސްފުޅުތަކުގައި ވަނީ ނަމާދާއި އިޙްރާމާއި ޡިހާރު ފަދަ ވަކި ޙާލަތްތަކަކާއި މެދު އެބޭފުޅުން ވާހަކަދައްކަވަމުން ނަންގެންނެވި ކަންތައްތަކެެކެވެ. އެހެންކަމުން އެބަސްތައް މުޠްލަޤުކޮށް ގެނެސްފި މީހާ އެވަނީ އެބަސްފުޅުތައް އޭގެ ޙާލަތް ނޫން ތަނެއްގެ މައްޗަށް ފައްތައި ޙަޤީޤަތުގައި އެބޭފުޅުންގެ ބަސްތަކުގައި ނެތް އައު މާނައެއް އޭގެން ނެރެފައެވެ.“
📝އަހަރެމެން ވާނީ މިމައްސަލާގައި ކުރިން (އިނގިރޭސި ބަހުން) ތަފްޞީލެއް ގެނެސްފައެވެ.
~ ގަލަންދާނު 🖋
②
އަދިވެސް އެބޭކަލުން ވިދާޅުވިއެވެ: އައްޝާފިޢީ ހުއްޖަތް ގެންނެވި ޙަދީޘު:
«لعلكم تقرؤون خلف إمامكم؟» قلنا نعم. قال: «لا تفعلوا إلا بفاتحة الكتاب» (ޙަދީޘް ކުރެއްވިޔޭ: ”ފަހަރެއްގައި ތިޔަބައިމީހުންގެ އިމާމުމީހާ ފަހަތުން ތިޔަބައިމީހުން ކިޔަވަނީ ކަމުގައި ވެދާހެއެވެ؟“ އަހަރެމެން ދެންނެވީމޭ: އާދޭހޭ، އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ: ”އެގޮތަށް ތިޔަބައި މީހުން ކަންތައް ނުކުރާށެވެ. އެހެނަސް ފާތިޙަތުލް ކިތާބި އަށް މެނުވީއެވެ.“)
②
ބައެއް ޢިލްމުވެރިން، މައުމޫމުމީހާވެސް ކިޔެވުން ވާޖިބުކަމަށް ދެކެލެއްވިއެވެ. ބުޚާރީވެސް މިފަދައިން ދެކެލެއްވިއެވެ. އެއީ އެކަލޭގެފާނުގެ ފޮތް: 'އަލްޤިރާއަތު ޚަލްފަލް އިމާމި' ގައިވާގޮތަށެވެ. އެއީ ﷲ ގެ ރަސޫލާ صلى الله عليه وسلمގެ އަރިހުން އައިސްފައިވާ ނައްޞުގެ ޢާއްމު މާނައަށްޓަކައިއެވެ.
މިމައްސަލާގައި ޢަބްދުލް ޙައްޔު އަލްލަކްނަވީ ރިސާލާއެއް ލިޔުއްވިއެވެ. އޭގެ ނަމަކީ: 'އިމާމުލް ކަލާމި ފީ ޙުކްމި ޤިރާއަތިލް ފާތިޙަތި ބަޢުދަލް އިމާމި' އެވެ. އެއީ ބޮޑު ފޮތެކެވެ. އެފޮތުގައި ޞަޙާބީންނާއި ތާބިޢީ ސަލަފުންގެ ބޭކަލުންގެ އަރިހުން އެބޭފުޅާއަށް ފެނުނުހާ ނައްޞެއް ޖަމަޢަކުރިއެވެ. ދެން އެބޭފުޅާގެ އަރިހުގައި ރާޖިޙުވީ އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި މައުމޫމުމީހާ، އިމާމުމީހާގެ ފަހަތުން ކިޔެވުމެއް ނެތްކަމެވެ.
ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާވެސް ދެކެލެއްވީ މިފަދައިންނެވެ. އަދި ކިއެއްތަ، އެކަލޭގެފާނު ހަރުކަށިކޮށް މިމައްސަލާގައި ބަސްވިދާޅުވިއެވެ. އަދި 'އަލްފަތާވާ އަލްމިޞްރިއްޔާ' ގައި ވިދާޅުވެފައިވަނީ: އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި އިމާމާއި އެކުގައި ކިޔަވައިފިމީހާއީ، ފޮތް އުފުލާ ޙިމާރެއްފަދަ މީހެއްކަމަށެވެ. އެހެނީ އިމާމްމީހާވެސް އެކިޔަވަނީއެވެ. އޭނާ އެކިޔަވަނީ ކާކު އަޑުއަހަންހެއްޔެވެ؟ އިންސާނާއަށް އަމުރުވެވިގެންވަނީ ކަނުލާ އަޑުއަހަން ހުރުމަށެވެ. ޝަރީޢަތުގެ ބޭރުފުށުން ދޭހަވާގޮތަށް ބަލާއިރު މިކަން މުނާސަބުވެގެން ނުވާކަމަށެވެ. ❝
⚠️ނޯޓް: އެކަނިހުރެ ނަމާދުކުރާ މީހާގެ ޙުކުމަކީ އިމާމުގެވެސް ޙުކުމެވެ. އިމާމް މީހާއަށް ކިޔެވުމަކީ ރުކުނެއްކަމުގައި ބުނި އެންމެންގެ ގާތުގައި އެކަހެރިކޮށް ނަމާދުކުރާ މީހާއަށްވެސް ކިޔެވުމަކީ އިއްތިފާޤުން ރުކުނެކެވެ.
— މަޞްދަރު: ޢައްޠަރީފީގެ "ނަބިއްޔު ﷺ ނަމާދު ކުރެއްވި ޞިފަ" މިފޮތުގެ ދިވެހި ތަރުޖަމާ، (ޞ. 232- 238) ތަރުތީބު ކުރުމުގެ ކުޑަ ބަދަލަކާއި އެކު. އަދި މިމައްސަލައާއިމެދު އެފޮތުގައި އިތުރު ތަފްޞީލު އެކުލެވިފައިވާނެއެވެ.
⚙️ ނަބިއްޔާ ﷺ ގެ ނަމާދުގެ ޞިފަ އަދި އެއާއި ގުޅިފައިވާ ޛިކުރުތަކާއި ރަވާތިބު ސުންނަތްތައް
— ޢަބްދުލް ޢަޒީޒް އައްޠަރީފީ
(ތަރުޖާމާކުރީ، އަބުލް މިރްޤާލް އަލްކުތުބީ)
⚠️⚠️
ގަލަންދާން "އިނގިރޭސި" ޗެނަލް އަށް މީގެ ކުރިން ޝެއަރ ކުރެވިފައިވަނީ ކުށްނުކެނޑިވާ މިތަރުޖަމާގެ ޑުރާފްޓެކެވެ. ވީމާ، އެލިޔުން ޝެއަރ ކޮށްފައިވާ ފަރާތްތަކުން މިކަމަށް ސަމާލުވެ އެޑިލީޓް ކޮށްދިނުން އެދެމެވެ.
🔗ޛުލް ޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހާއި ޢަރަފާތް ދުވަސް އަދި އަޟްޙާ ޢީދާއިމެދު ”ގަލަންދާނު“ ގައި ޝާއިޢު ކުރެވިފައިވާ ބަޔެއް ލިޔުންތައް:
⬆️ޛުލް ޙިއްޖާ މަހުގެ މާތްކަން ނަންގަނެވުނި ޙަދީޘް (ޕޯސްޓް)
⬆️ޛުލް ޙިއްޖާ މަހުގެ މާތްކަން ނަންގަނެވުނި އާޔަތް (ޕޯސްޓް)
⬆️އިންފޮގްރެފިކްސް: މި ދިހަ ދުވަހުގެ ތެރޭ ޝަރުޢު ވެފައިވާ އަޅުކަންތައް (ޕޯސްޓް)
⬆️މިއަޅުކަންތައް ބެހިގެންވަނީ ދެ ބަޔަކަށް (ޕޯސްޓް)
⬆️ރަމަޟާން މަހުން ޤަޟާއު ރޯދަ މިދިހަ ދުވަހުގެ ރޯދައިގެ ތެރޭ ޤަޟާއު ކުރުން (ޕޯސްޓް)
⬆️ޛުލް ޙިއްޖާ މަހުގެ ތަކްބީރު ތަކާއި ބެހޭ ފިޤުހުގެ މައްޗަށް ޚުލާޞާ (ޕޯސްޓް)
⬆️އިންފޮގްރެފިކްސް: ތަކްބީރު ކިޔުމުގެ ދަނޑިވަޅުތަކާއި އޭގެ ޞީޣާ (ޕޯސްޓް)
⬆️ތަކްބީރު ކިޔުމުގެ މާތްކަން (ޕޯސްޓް)
⬆️އުޟްޙިޔާ: ޙުކުމް، ތަޢްރީފު، ޝަރުޠު، ވަޤުތު (ޕޯސްޓް)
⬆️އެހެން ޤައުމެއްގައި އުޟްޙިޔާ ކަތިލުމުގެ ޙުކުމް (އިނގިރޭސި) (ޕޯސްޓް)
⬆️ޢީދު ދުވަސް އައުމަށްފަހު ފައިސާ ލިބި އުޟްޙިޔާ ކަތިލާން ނިޔަތްގަނެ އެކަން ކުރުމުގެ ޙުކުން (އިނގިރޭސި) (ޕޯސްޓް)
⬆️ޢަރަފާތް ދުވަހުގެ މާތްކަމަށް އަވަސްވެގަންނާށެވެ! (ޕޯސްޓް)
⬆️ޢަރަފާތް ދުވަހުގެ ދުޢާ (ޕޯސްޓް)
⬆️އަޟްޙާ ޢީދު ދުވަހުގެ ބައެއް އަޙްކާމުތައް (ޕޯސްޓް)
⬆️އިންފޮގްރެފިކްސް: އަޟްޙާ އީދުގެ ސުންނަތްތައް (ޕޯސްޓް)
⬆️ޢީދު ދުވަހުގެ ތަހުނިޔާ އަދި އޭގެ ދުޢާ (ޕޯސްޓް)
~ ގަލަންދާނު 🖋
އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދް (حفظه الله)
~ ގަލަންދާނު 🖋
-page ②-
The aim of offering the sacrifice is to practise the ritual in every country and to benefit the poor Muslims. Allah, may He be exalted, says (interpretation of the meaning):
▶️لَن يَنَالَ ٱللَّهَ لُحُومُهَا وَلَا دِمَآؤُهَا وَلَٰكِن يَنَالُهُ ٱلتَّقۡوَىٰ مِنكُمۡۚ◀️
“It is neither their meat nor their blood that reaches Allah, but it is piety from you that reaches Him.” [al-Hajj 22:37].
In al-Ṣaḥīḥayn it is narrated via Abū ʿĀṣim, from Yazīd ibn Abī ʿUbayd that Salamah ibn al-Akwaʿ (may Allah be pleased with him) said:
The Messenger of Allah (blessings and peace of Allah be upon him) said: “Whoever among you offers a sacrifice, nothing of it should be left in his house after the third day.” The following year, they said: O Messenger of Allah, should we do what we did last year? He said: “No, that was a year when people were hard-pressed, and I wanted (the meat) to be distributed among them.”
❓ ކައިވެނި ނުކޮށް ހުރި ޒުވާން ފިރިހެނެއްގެ ގާތުން ޅަފުރައިގެ އަންހެން ކުދިން ޤުރުއާން އުނގެނުމުގެ ޙުކުމް
ސުވާލު: السلام عليكم ورحمة الله وبركاته. އަހަރެމެންގެ ޝެއިޚެވެ. އަހަރެމެންގެ ޖަމްޢިއްޔާގެ ޤުރުއާން މުދައްރިސުގެ ގާތުގައި ބަޔެއް އުޚުތުން ވަނީ ޤުރުއާން ޙިފިޡުކޮށް އުނގެންނައިދިނުމަށް އެދިފައެވެ. އެމުދައްރިސަކީ މީހަކާއި ނުއިނދެހުރި ފަރާތެކެވެ. އަދި ކިޔަވައިދޭން މިޖެހެނީ މަޙުރަމެއް ނެތިއެވެ. އެހެނަސް އެދެބައިމީހުން ދެމެދު ފަރުދާއެއް ދަމާފައެވެ. މިގޮތަށް މިކަން ކުރުން ހުއްދަތޯއެވެ؟ އަދި މިފަދަ ޙާލަތެއްގައި ދަމަހައްޓަންޖެހޭ ޝަރުޠުތަކަކީ ކޮބައިތޯއެވެ؟
جزاكم الله خيرا وبارك فيك
ޖަވާބު:
وعليكم السلام ورحمه الله وبركاته
މިކަމުގެ އަޞްލަކީ، އުޚުތުން ޤުރުއާން ޙިފުޡުކުރުން ވަނީ އެކަމަށް އަރާއަރަފޯދިގެންވާ އުޚްތެއްގެ ގާތުން ކަމެވެ. މިއީ ފިތުނަޔާއި ފަސާދައިގެ ދޮރު ބަންދު ކުރުމުގެ ގޮތުންނެވެ.
އެހެނަސް އެވެރިންނަށް ޤުރުއާން އުނގަންނައިދޭނޭ އުޚްތެއް ލިބެން ނެތިއްޖެނަމަ:
މި އަޚާ އިށީނދެ ހުންނަން ޖެހޭނީ އެމީހުންނާ އެއްކޮށް ދުރުގައެވެ. އަދި އެދެބައިމީހުން ދެމެދު ބޯ ފަރުދާއެއް ދެމިފައި ވާން ޖެހޭނެއެވެ. ނުވަތަ ލެއްޕިފައިވާ ދޮރެކެވެ. އެއީ އެދެމެދުން އަޑު ދައުރުވާނޭ މިންވަރަށެވެ.
އެވެރިންނީ ޙިޖާބުވެވި ފަރުދާލެވިފައިވާ ބަޔެއް ކަމުގައި ވާހުށީ އޭރުންނެވެ. އެއީ ޚުޝޫޢު އާއި އެކު ކިޔެވޭ ޤުރުއާނުގެ އަޑު ނޫން އެއްޗެއް ދައުރުނުވާނޭ ގޮތަށެވެ.
އަދި އަންހެންވެރިން ތިބެންޖެހޭނީ އެކަކަށްވުރެ ގިނަ ބައިގަނޑެއްގެ ގޮތުގައެވެ. އެއީ (އެއްވުން) ހިލޭ ފިރިހެނާ އާއި އެކު އެކަހެރިވުމާއި މަސްހުނިވުމުގެ (އުރެދުމުން) މިންޖުވުމަށްޓަކައެވެ.
އަަދި އެއެންމެންނަށް ވެސް އިސް ޖެހުމަށާއި ﷲ އަށް ތަޤްވާވެރިވުމަށް ނަޞޭޙަތް ދެވެންޖެހޭނެއެވެ.
އެއީ އެވެރިންނަށް ކިޔަވައިދޭނޭ އުޚްތެއް ލިބިއްޖެއުމާއި ހަމައަށެވެ.
🔴 އަޥްލާ ވެގެންވަނީ: އަންހެން ޓީޗަރެއް ލިބޭތޯ ބެލުމެވެ. ނުވަތަ އޯޑިއޯ ރިކޯޓިންގ އިން އަޑުއަހައިގެން ދަސްކުޅައުމެވެ. މިއީ ނަފްސަށް ލުއިފަސޭހަ އަދި ހިތަށް ހަމަޖެހުން އޮތް ގޮތެވެ...
🔴 އެހެނަސް، އެވެރިންނަށް ކިޔަވާން ފިރިހެނެއް ގެންނަށް ޒަރޫރު ވެއްޖެނަމަ — އެއީ އެހެންޏާ އަންހެން ޓީޗަރެއް ނެތިގެން ނޫނީ އޭނާއަކީ ޤުރުއާނުގެ މާހިރެއް ކަމުގައިވެ ޤުރުއާނުގެ އަޙުކާމުތައް އެވެރިންނަށް ކިޔަވައިދެވޭނޭ މީހެއް ކަމަށް ވާތީ ނަމަ — އަންނަނިވި ޝަރުޠުތަކާއި އެކުގައި އެކަމުގައި މައްސަލައެއް ނުވެއެވެ:
1. އެކަނބަލުންގެ ކިޔެވެލި ކިޔަވައިދިނުންވަނީ ފަރުދާއެއްގެ ފަހަތުން ކަމުގައި ވުން.
2. އެއިން އެއްވެސް ކަނބަލެއް، އެކަނބަލެއްގެ އަޑު ލޫޅާފަތި ނުކުރުން.
3. ޤުރުއާން ކިޔަވައިދޭ މީހާ އާއި އެކު ދެކެވޭ ވާހަކައަކީ ހަމައެކަނި އެކަމުގެ ޒަރޫރަތްތަކަށް އެކަނި ދެކެވޭ ވާހަކަތައް ކަމުގައި ވުން.
4. އެއިން ކުއްޖެގެ އަޑަށް ކިޔަވައިދޭ ޓީޗަރު ލެނބޭކަމަށް އަމިއްލަޔަށް އިހުސާސްވާނަމަ، ކިޔަވައިދިނުމުން އިސްތިއުފާ ދިނުން.
5. އެ މުދައްރިސަކީ މީހަކާއި އިނދެގެން ހުރި، އުމުރުން ދުވަސްވެފައިހުރި، އަދި ޞާލީޙު ކަމާއި ޘާބިތުކަމަށް އެނގިގެންވާ މީހެއް ކަމުގައި ވުން.
ﷲ އަހަރެމެންނާ ތިބާމެން ސަލާމަތްކަން މަތީ ދަމަހައްޓަވާށިއެވެ.
والله اعلم
— ޝެއިޚް ޢަބްދު ﷲ އަލްޣުލައިފީ (މަޞްދަރު)
~ ގަލަންދާނު 🖋
اللَّهُمَّ اغْفِرْ لِي خَطِيئَتِي وَجَهْلِي ، وَإِسْرَافِي فِي أَمْرِي ، وَمَا أَنْتَ أَعْـلَمُ بِهِ مِنّـِي ، اللَّهُمَّ اغْفِرْ لِي هَزْلِي وَجِدِّي ، وَخَطَئِي وَعَمْدِي ، وَكُلُّ ذَلِكَ عِنْدِي.
~ ގަލަންދާނު
••
❞ އެއްބައިވަންތަވުން ވަނީ އަހުލުއް ސުންނަތާއި އެވެ. އެއްބައިވަންތަވުން ވަނީ ޙައްޤުގެ އަހުލުވެރިންނާއި އެވެ. އަދި އެއްބައިވަންތަވުން ވަނީ ބައެއް ބިދުޢަތަކާއި މަގުފުރެދުންތަކާއި އެކުވެސް އިސްލާމް ކަމުގެ ރިހުން އުފުލާ ކޮންމެ މީހަކާއިއެވެ. އެ އިސްލާމްކަން އެބައެއް އުފުލާހާ ހިނދަކުއެވެ. ދެންފަހެ، މުސްލިމުންނާއި ދެކޮޅަށް ޞަލީބީންނަށް ވާގިވެރިވާ މީހާއާއިމެދު ދަންނައެ، އޭނާ އާއިއެކު އެއްބައިވަންތަވުމެއް ނުވެއެވެ. ❝
~ އައްޝެއިޚް ސުލައިމާން އަލްޢަލްވާން (ބަސްކޮޅު)
~ ގަލަންދާނު 🖋
⬆️⬆️⬆️ މަންމައިންގެ ދުވަސް ⬆️⬆️⬆️
❤️ ”އިސްލާމީ ޝަރީޢަތް ވަނީ މައިމީހާ މަތިވެރިކޮށްފައެވެ. އަދި ކޮންމެ ދުވަހަކީ އެމައިމީހާއަށް ހެޔޮކޮށް ހިތަން ޖެހޭ ދުވަހެއް ގޮތުގައި ކަނޑަ އެޅިފައެވެ. އަދި ކިއެއްހެއްޔެވެ؟ އެމައިމީހާ ނިޔާވުމަށް ފަހު ވެސް، އެކަމަނާގެ އެކުވެރިންނަށް ކަމޭ ހިތުމަށް އަމުރުވެވިފައިއެވެ. ވީމާ އަހަރަކު އެއްދުވަސް އެކަމަނާއަށް ދިނުމަކީ އިހާނަތެކެވެ. އަދި ދީނަށް އަލަށް ގެނެވިފައިވާ ކަމެކެވެ. (ބިދުޢަ އެކެވެ.)“
⚠️ ”އަހަރަކު އެއްފަހަރު ނޫނީ އެމީހެއްގެ މައިމީހާ ނުދަނެއްޖެ މީހާ، އެމައިމީހާއަށް ކަމޭނުހިތައިފިއެވެ. ދެންފަހެ ކޮންމެ ދުވަހެއްގައިމެ މަންމައާއި ގުޅުން ބާއްވައި، އެމަންމައަށް އެހީތެރިވެ، އެމަންމައަށް ކިޔަމަންތެރިވެ ހުރެއްޖެ މީހާ، މަންމައިންގެ ދުވަހުގެ އިތުރު މުޙިއްމުކަމެއް، އޭނާއަކަށް ނޯވެއެވެ. ވީމާ، މަންމައިންގެ ދުވަހަކީ މައިންނަށް ކަމޭނުހިތާމިހުންނަށް އޮތް މުނާސަބަތެކެވެ. އޯގާތެރިންނަކަށް ނޫނެވެ.“
— ޢަބްދުލް ޢަޒީޒް އައްޠަރީފީ (ބަސްކޮޅު)
~ ގަލަންދާނު 🖋
③
3️⃣ حلق (ބޭލުން) ، މި ލަފުޛަކީ އެއްވެސް ޙަދީޘަކުން މަތިމަހުގެ މައްސަލާގައި ވާރިދުވެފައިވާ އެއްޗެއް ނޫނެވެ. އަދި ބޯ ބޭލުމާއި ކުރިމަތީ ފަރާތުން އިސްތަށި ބޭލުމުގެ ކަންތަކުގައި ޞަރީޙަކޮށް އެބަސް އައިސްފައިވެއެވެ. އެހެނަސް މަތިމަހުގެ މައްސަލާގައި ވަނީ އެނޫން ލަފުޛުތަކެވެ. ވީމާ ޝަރުޢުކުރެއްވި ފަރާތުން އެތަފާތު ކުރެއްވިކަން ދޭހަވެއެވެ.
އެހެނަސް ބައެއް ޢިލްމުވެރިން މަތިމަހުގެ މައްސަލާގައި އިބްނު ޢުމަރުގެ އަރިހުން ވާރިދުވެފައިވާ ލަފްޛުތައް، الإحفاء ، إنهاك، جز، އެއީ ބޭލުން ކަމުގައި މާނަ ކުރެއްވިއެވެ. އަދި މިރައުޔު ހަނަފީންގެ އިހުގެ ބޭކަލުންނަށް ނިސްބަތް ވެވުނެވެ. އަދި ޙަނަފީންގެ ބައެއް ބޭކަލުން ތުނިކޮށް މުޅިމަތިމަސް ކޮށުމަށްވުރެ ބޭލުން މޮޅުއިތުރު ކަމަށްވެސް ވިދާޅުވެއެވެ.
އަލްޢަދަވީ ވިދާޅުވިއެވެ: ”އެހެނަސް ބޭލުމާއި މެދު އޮތް ޤަޥްލެއް އަބޫ ޙަނީފާއަށް ސަނަދުން ޘާބިތެއް ނޫނެވެ. އަދި ކިއެއްތަ އެއްވެސް އަޞްޙާބު ބޭކަލެއް ނޫނީ އެބޭފުޅުންނަށް ފަހު އައި ތާބިޢީންގެ ތެރެއިން ސަލަފުން ތެރެއިން حلق (ބޭލުއްވި) ކަމަށް މި ލަފުޛުން ވާރިދުވެފައި ނުވެއެވެ.“ (ޚުލާޞާ ކުރެވިފައި، މިބަޙުޘް އިން)
⬆️ޚުލާޞާ:
އަލްޢަލްވާން ވިދާޅުވިއެވެ: ”ތުންފަތް މައްޗަށް ފައިބައިފިނަމަ އެ ދުއްވައިލުން ވާޖިބެވެ. އަދި ދުއްވައިލުމުގެ ޞިފަ އާއި މެދު ޚިލާފުވެއެވެ. އެއީ ތިރިޔަށް ފައިބާ ބައި ކޮށުންތޯ ނޫނީ (މުޅި މަތިމަސް) ތުނި ކުރުންތޯއާއި މެދުގައެވެ. އެއިން އެއް ރައުޔަކީ ހަންގަނޑު ފެންނަވަރަށް ތުނި ކުރުމެވެ. އިބްނު ޢުމަރު ޙަދީޘަށް ތަބަޢަވެލެއްވީ ހަންގަނޑު ފެންނަވަރަށް ތުނިކުރައްވައިގެނެވެ. އަނެއް ބޭކަލުން ވިދާޅުވަނީ ޙަދީޘުގެ މުރާދަކީ القص ކަމުގައެވެ. (ތިރީކައިރިން ދިގުވާބައި ކޮށުމެވެ. ނޫނީ ތުނިކުރުމެވެ.) ... ކޮންމެއަކަސް އެބައި ދުއްވައިލުން ވާޖިބެވެ. އެހެނަސް އޭގެ މިންވަރާއިމެދު ޚިލާފުވެއެވެ. އަދި ޞައްޙައީ، ތުންފަތް މައްޗަށް ނުފައިބާ ނަމަ ވާޖިބު ނުވުމެވެ. އަދި ފައިބައިފިނަމަ ވާޖިބުވުމެވެ.“
އަލްޙާޔިކް ވިދާޅުވިއެވެ: ”ޚިލާފުއޮތީ ތިން ގޮތަށެވެ: القص (ކުރުކުރުން) والإحفاء (ތުނިކުރުން) އަދި الحلق (ބޭލުން) މިއެވެ. އަދި ބޭލުން މިއީ (މިމައްސަލާގައި) ނުސީދާކަން ބޮޑު އެއްޗެކެވެ. އަދި މިކަމުގައި (ޞައްޙަވުން) ބޮޑަށް ބުރަދަންވެވެނީ القص އަށެވެ. އެއީ ތުންފަތަށް ވުރެ ތިރިޔަށް ފައިބާ އެއްޗެއް ކޮށުމެވެ. އެބަހީ އޭގެ ކައިރިފަށުން އެކަންޏެވެ. އަދި މިއީ ޢުމަރު ބުނު ޢަބްދުލް ޢަޒީޒާއި މާލިކު ފަދަ ސަލަފުން ތެރެއިން ބައެއް ބޭކަލުން ކަނޑައެޅުއްވިގޮތެވެ. އެބޭކަލުން ތަފްސީރު ކުރެއްވީ الإحفاء އަކީ القص ކަމުގައެވެ.“
~ ގަލަންދާން 🖋
މަޞްދަރުތައް: ނަންގަނެވުނު އަލްޢަލްވާން، އަލްޙާޔިކް އަދި އަލްޢަދަވީ ގެ ފަތުވާ ތަކުގެ އިތުރުން، އައްދުބައްޔާން ގެ މި ރިސާލާ، އިބްނު އަމީން ގެ މި ރިސާލާ ، އިސްލާމް ސުވާލާއި ޖަވާބު (103623) ފަތުވާ.
📌މަތިމަސް ކުރު ކުރުމުގެ ފިޤުހުގެ ޚުލާޞާ
①
☪☪☪☪☪☪
⬆️މަތިމަސް ކުރުކުރުމުގެ ޙުކުމް
މަތިމަސް ކުރު ކުރުމީ ޢިލްމުވެރިން ގެ އިއްތިފާޤުން ކަށަވަރު ސުންނަތެކެވެ. އެހެނަސް އެއީ ވާޖިބެއްތޯ އާއި މެދު އެބޭކަލުން ތެރޭ ޚިލާފުވެވަޑައިގެންފައި ވެއެވެ. އަދި ޖުމްހޫރުންނާއި ޚިލާފަށް އިބްނު ޙަޒަމް އަދި އައްޡާހިރީންގެ ޤަޥްލަކީ އެއީ ވާޖިބެއް ކަމުގައެވެ. އަދި މިއީ ދަލީލުތަކުގެ ބޭރުފުށަށް ދޭހަވާން އޮތް މާނައެވެ. އަދި އެއީ އެއަމުރުގެ މާނަ މުސްތަޙައްބަށް ބަދަލުވުމަށް ދޭހަވާނޭ ދަލީލެއް އެނގޭން ނެތުމުންނެވެ.
އިބްނުލް ޤައްޔިމް تحفة المودود ގައި ވިދާޅުވިއެވެ: ”މަތިމަސް ކުރު ކުރުމާއި މެދު ދަންނައެ، ދަލީލުތަކުން ނިޔާ ކަނޑައެޅެނީ މަތިމަސް ދިގުވެއްޖެހިނދު ކުރުކުރުމީ ވާޖިބެއްގެ ކަމުގައެވެ. އަދި މިއީ މިކަމާއި މެދުގައިވާ ރަސޫލު ﷲ ﷺ ގެ އަމުރުފުޅުން ކަނޑައެޅެވެންޖެހޭ ޙުކުމެވެ. އަދި އިތުރުއެކަލޭގެފާނުންގެ މިޙަދީޘްފުޅުންވެސް މެއެވެ: «من لم يأخذ شاربه فليس منا» (އެމީހެއްގެ މަތިމަހުން ބައެއް ކުރު ނުކުރާ މީހަކީ، އަހަރެމެންގެ ތެރެއިން ވާ މީހެއް ނޫނެވެ.)“ —اهـ.
އަލްޢަލްވާން ވިދާޅުވިއެވެ:
❞ މަތިމަސް ކުރު ކުރުމުގައި ޙާލަތް ތަކެއް ވެއެވެ:
ފުރަތަމަ ޙާލަތަކީ: ތުންފަތް މައްޗަށް އެ ފޭބުމެވެ. ނޫނީ ތިރިން ނޭފަތާއި ހަމަޔަށް އެރުމެވެ. މިކަން ޙަރާމެވެ. އެހެނީ 40 ދުވަހަށްވުރެ އިތުރަށް އެކުރުނުކޮށް ދޫކުޅައުމުންނެވެ. މިއީ މުސްލިމް ގައިވާ އަބޫ ޛައްރުގެ ޙަދީޘުގެ މައްޗަށެވެ: (( وقت لنا في قص الشارب ... أن لا يترك فوق أربعين )) ”އަހަރެެމެންގެ މައްޗަށް ކަނޑައެޅިފައިވަނީ ސާޅީސް ދުވަހަށް ވުރެ އިތުރަށް މަތިމަސް ކުރުނުކޮށް... ދޫކޮށްފައި ނުބެހެއްޓުމަށެވެ.“ އަދި އެޙަދީޘުގައި ތަފާތު ކަންތައްތަކެއް ސާޅީސް ދުވަހުގެ މައްޗަށް ނަންގަންނެވުނެވެ. ވީމާ ތުންފަތުން ތިރިޔަށް ނޫނީ ނޭފަތާ ހަމަޔަށް އަރައިފި ހިނދެއްގައި އެބައި ކުރުކުރުން ތިބާގެ މައްޗަށް ވާޖިބެވެ.
ދެވަނަ ޙާލަތް: ތުންފަތުގެ މައްޗަށް ނުފައިބާނަމަ އަދި ނޭފަތާ ހަމަޔަށް ނާރާނަމަ، މިޙާލަތުގައި ˺ކުރުކުރުން˹ މުސްތަޙައްބެވެެ. އެހެނަސް ވާޖިބެއް ނޫނެވެ. އެހެނީ ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ: (( خَمْسٌ مِنَ الفِطْرَة )) ”ފިތުރަތުގެ ތެރެއިން ފަސް ކަމެއް ވެއެވެ...“ އަދި އޭގެ ތެރޭގައި އެކަލޭގެފާނު ޛިކުރު ކުރެއްވިއެވެ: (( قَصُّ الشَّارِب )) ”މަތިމަސް ކުރު ކުރުމެވެ."
އަދި އަބޫ މުޙައްމަދު ބުނު ޙަޒަމް މަތިމަސް ކުރުކުރުން ނޫނީ ބޭލުން ފަރުޟެއް ކަމުގައި ވިދާޅުވިއެވެ. އެއީ ނަބިއްޔު ﷺ ގެ މިޙަދީޘުގެ މައްޗަށެވެ: (( مَنْ لَمْ يَأْخُذْ مِنْ شَارِبِهِ فَلَيْسَ مِنَّا )) ”އެމީހެއްގެ މަތިމަހުން ˺ބައެއް˹ ދުއްވައި ނުލާ މީހަކީ އަހަރެމެންގެ ތެރެއިން ވާ މީހެއް ނޫނެވެ.“ އަދި މިޙަދީޘު ޞައްޙަވީހީނަމަ، މިމައްސަލައިގެ މައްޗަށް ˺ގޮތްކަނޑައެޅުމަށް˹ ނައްޞެއް ކަމުގައި ވީހެވެ. އެހެނަސް މިއީ ޒައިދު ބުނު އަރުޤަމް ގެ އަރިހުން އިބްނު ޔަސާރު ގެންނެވި ރިވާޔަތްތަކުން ހިމެނޭ އެއްޗެކެވެ. އަދި އެކަލޭގެފާނު އަރިހުން އިބްނު ޔަސާރު ސީދާ އަޑުއެއްސެވިކަން ޘާބީތުވެފައި ނުވެއެވެ. އެހެންކަމުން މީގެ މައްޗަށް ކަނޑައެޅެނީ، މިކަމަކީ މުސްތަޙައްބުކަމެއް ގޮތުގައި ދެމިއޮތެވެ. އެއީ ތުންފަތް މައްޗަށް ނުފައިބާހާ ހިނދަކުއެވެ. އެހިނދުގައި އެކަން ވާޖިބެވެ. ❝ — އަލްވާންގެ ބަސްކޮޅު މިހިސާބަށް މިފަތުވާ އިން.
⚠️⚠️
🔴 ޖާހުން ކުރިފަޅުވާ ޙަސަދަ
އަނެކުންގެ ގާތުގައި މަޤާމުމަރިވެރިވެ ޢިއްޒަތްތެރި ވުމުގެ ލޯބި އެމީހެއްގެ ނަފްސުގައި ވަކިހިއްޕާ ވަރަކުން ޙަސަދަވެރިކަން ˺އެނަފްސުގައި˹ ވަކިހިއްޕުވައެވެ. އަދި ފިތުނާގައި ލައިގަނެފައިވާ ނަފްސުތަކަށް އަނެކުންގެ ކުށްތަކަށް މިޙަސަދަ މަގުކޮށައި އަލިކުރުވައެވެ.
މިގޮތުން، މަޤާމު މަތިވެރިވުމަށް ވާ ލޯބިން، ޙަސަދަ އިންދައެވެ. އަދި ޙަސަދައިން މީސްތަކުންގެ ޢައިބުތަކަށް ލޯއެޅުން މޫލައްވައެވެ. [އިމާމު] އަޙްމަދު ވިދާޅުވި ފަދައިންނެވެ: ”ވެރިކަމަށް ލޯބިކުރާމީހާ، މީސްތަކުންގެ ޢައިބުތައް ބަލައިހޯދައެވެ.“
💔 ކިބުރުވެރިކަން
އަދި މަޤާމު މަތިވެރި ވުމަށް ދަހިވެތިވާ ފިތުނާގައި ޖެހިއްޖެ މީހާ، (އެނޫން) ދެ ޠަބީޢަތެއްގެ ފިތުނަ ޖެހެއެވެ.
⬆️ފުރަތަމައީ: ޙަސަދަ އެވެ.
⬆️ދެވަނައީ: ކިބުރެވެ.
އަދި މިދެޠަބީޢަތަށް ކުރިފަޅުވަނީ (ނުވަތަ ދިރުންދީ ބޮޑުވަނީ) މަޤާމު މަތިވެރި ވުމަށްވާ ދަހިވެތިކަމުގެ މަތީގައެވެ. އަދި އޭނާގެ ވަށައި އެދޭތި މޫލައެވެ.
އަދި މަޤާމަށްވާ ލޯތްބާއި ކިބުރާއި ޙަސަދަ އާއި މެދު ދަންނައެ، މިތަކެއްޗަކީ މަގުފުރެދުމާއި އަނިޔާވެރިކަމުގެ އުނދުނުގެ ތިން ބުޑެވެ.
(އެބަހީ: މީހަކާއިމެދު ބޭއިންސާފުވެރިވެ އަނިޔާވެރިވުމުގެ ހުޅުގަނޑު ރޯކުރާ އުނދުނުގެ ތިން ބުޑަކީ މިތިން ނުބައި ޠަބީޢަތެވެ.)
އަދި ކިބުރަކީ ދަލީލަށް ލޯމަރައި، ކަމެއްގެ ޙަޤީޤަތުގެ މައްޗަށް އިސްކުރާ ނަފްސުގެ ކޮންމެ ޝުޢޫރެކެވެ. އަދި ބުއްދިއަށް ޖެހޭ ބަލިތަކުގެ ތެރޭގައި ޙަކީމުން ކިބުރު ގެންނަވާފައިވެއެވެ. އެހެނީ އެބަލި ޖެހިއްޖެނަމަ ބުއްދި ކޮށި ކުރުވައެވެ. އަދި ލޯމަތީން ޙަޤީޤަތް އޮޅިދެއެވެ.
💔 ނަފުރަތު
ނަފުރަތަކީ ޙަސަދައިގެ މޭވާއެވެ. މީސްތަކުންގެ ލޯމައްޗަށް ފެންނަނީ އެމޭވާއެވެ. އަދި އޭގެ އަޞްލެއް އެވެރިންނަކަށް ނުފެނެއެވެ. ގިނަފަހަރަށް ހީކުރެވެނީ އެނަފުރަތުތަކީ ﷲ އަށްޓަކައިވާ އެއްޗެއް ކަމުގައެވެ. އެހެނަސް (ޙަޤީޤަތަކީ) އެއީ އަމިއްލަ ނަފްސުގެ އެދުމަށްޓަކައި ވާ އެއްޗެއް ކަމެވެ. އިތުރުއެކަލޭގެފާނުން ﷺ ޙަދީޘް ކުރެއްވިއެވެ: «الحسد والبغضاء هي الحالقة حالقة الدين»⁽¹⁾ ”ޙަސަދަ އާއި ނަފުރަތަކީ ކުރަފައްޗެވެ. (ކުރަފަތިން އިސްތަށި ބާލާފަދައިން) އެއިން ދީން ބާލައެވެ.“
(ޙަސަދައަކީ: ފޮރުވިފައިވާ އެއްޗެވެ. އަދި ނަފުރަތަކީ އެއިން ބޭރަށް ފާޅުވާ އެއްޗެވެ. މުޚާޠަބުކުރުމާއި ޢަމަލު ކުރުމުގައެވެ.)
— އައްޠަރީފީގެ “الفصل بين النفس والعقل“ މިފޮތުން⁽²⁾
📝 އަހަރެން ބުނަމެވެ:
އަހަރެންގެ ޝެއިޚު، ޞާލިހުއް ސޫމާލީ އަހަރެން ގާތު ވިދާޅުވިއެވެ: ”މަސްއޫލުވެރިޔެއްގެ ކުށްތައް މީސްތަކުން ތެރޭ ދައްކައި އުޅޭނީ އެ މަޤާމަށް ދަހިވެތިވާ މީހެކެވެ. އެނޫންނަމަ ނަޞީޙަތް ދިނީހެވެ.“
އަހަރެން ބުނަމެވެ: މިކަން ޖުމްލަކޮށް މިފަދަ އެންމެހާ ކަމެއްގައި ޝާމިލުވެފައިވެއެވެ. ވީމާ މީސްތަކުންގެ ތެރޭ ޝަރަފުވެރި މަޤާމަކަށް ދަހިވެތިވާ މީހާ، ޝަރުޢީ ޢުޛުރަކާއި ނުލައި އޭނާއަށްވުރެ ޝަރަފުވެރި މީހުންގެ ވާހަކަތައް ދޫމަތީ ގިނަކުރެއެވެ. އަދި ދެބަސްވެ އިންސާފުގެ ހަމަޔެއްނެތި އޭނާއާއިމެދު ޢަމަލުކުރެއެވެ. އަދި އޭނާގެ ކުރިމަތީ ދައްކާވާހަކަތަކަށްވުރެ އޭނާގެ ފަހަތުގައި ދައްކާވާހަކަތައް ގިނަކުރެއެވެ. އަދި އޭނާގެ ކުށަކަށް ހުށިޔާރުވެ ބަލަބަލައި ސިންގާއެއް އޭގެ ޝިކާރަޔަކަށް އޮންނަހެން އިންތިޒާރުކުރެއެވެ. އަދި ކުށެއްފެނިއްޖެތަ؟ އެކަމުގައި ހިތް އުފާވެ ފޯރިއަރައެވެ. މިޔާއި ޚިލާފަށް އޭނާއާއިމެދު ބަޔެއްގެ ޘަނާއެއް އަޑުއިވިއްޖެ ނަމަ އެކަމާއި ހިތްނުތަނަވަސްވެ މޯޅިވެއެވެ. ރުންކުރުވެ އައިބުކިޔައެވެ. ނަފުރަތުކޮށް ރުޅިއާދެއެވެ.
މިއެންމެހާ ކަމަކީވެސް މަގުފުރެދުމާއި އަނިޔާވެރިކަމުގެ ތިންބުޑުގެ މަތިން އާލާވާ ނަތީޖާއެވެ. އެގޮތުން ކުރަފަތިން އިސްތަށިތައް ހަންގަނޑާއި ވަކިވެދާހެން، އޭނާގެ ލޯތްބާއި ގާތްކަމާއި ގުޅުމާއި ކަރުނަ ކެނޑިދެއެވެ.
ބައެއް ބޭކަލުން ވިދާޅުވިއެވެ: ”އޭގެ މުރާދަކީ އޭގެ ސަބަބުން ހެޔޮކަންކަން ކުރުމުން އޭނާއަށް މަނަޢަ ވުމެވެ. މުސްލިމުންނާއި އެކު ނަމާދަށް ދިޔުންވެސް އެވެ. އަދި ﷲ އަށްޓަކައި ލޯބި ވުމުގެ ފުރިހަމަ މިންވަރުންވެސް މެއެވެ. އެހެނީ އެމީހެއްގެ ހިތުތެރެ ޙަސަދަވެރިކަމާއި ރުޅިވެރިކަމުގައި ފޯވެފައިވާ މީހާގެ ފުށުގައި ﷲ އަށްޓަކައި ވާންޖެހޭ ކާމިލު ލޯތްބެއްވެސް ނުއޮންނާނެއެވެ. އަދި އަޅުވެތިވުމުގެ ފޮނިމީރުކަމެއްވެސް ނުވެއެވެ.“
ޤިޔާމަތްދުވަހު ބަނގުރޫޓުވެފައުވާ މީހާގެ ޙަދީޘާއި، ތިބާގެ އަޚާއަށް އަމިއްލަ ނަފްސަށް އެދޭ ފަދައިން އެދުމުގެ ޙަދީޘުގެ ބާބުވެސް ވަނީ މީގެ ތެރެއިންނެވެ. الله أعلم.
~ ގަލަންދާނު 🖋
ــــــــــــــ
[1] ރިވާކުރެއްވީ އަޙްމަދު އަދި އައްތިރުމިޛީ އައްޒުބައިރު ބުނުލް ޢައްވާމް ގެ ޙަދީޘުންނެވެ. އަދި އޭގެ ސަނަދު ބަލިކަށްޓެވެ. އޭގައި އޮތް ދޭހަ ޢިލްމުވެރިން ބަލައިގެންނެވިއެވެ.
[2] ނޯޓް: މިފޮތުން ހޮވާލެވޭ މުތްތަކުގެ ސިލްސިލާއެއް، "ނަފްސާއި ބުއްދީގެ ހަނގުރާމަ" މިނަމުގައި ޝާއިޢު ކުރުމަށް ގަސްދުކޮށް ދިވެހިބަހަށް ތަރުޖާމާކޮށްފައި ވާނެއެވެ.
📌އަޑުފާޅުކޮށް ކިޔަވާ ނަމާދުތަކުގައި އިމާމު މީހާއާއި އެކުގައި އަލްފާތިޙާ ސޫރަތް ކިޔެވުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟
①
ޖަވާބު: ❞ މިމައްސަލާގައި ޢިލްމުވެރިން ތެރޭގައި ތިން ރައުޔެއް ވެއެވެ. ކުރުގޮތަކަށް އެއަށް އަލިއަޅުވާލާނަމެވެ:
1⃣ފުރަތަމަ ރައުޔު: މިއީ އައްޝާފިޢީ ކަނޑައެޅުއްވިގޮތެވެ. (މަޛުހަބެވެ.) އެއީ ފާތިޙާ އާއި ނުލައި ނަމާދެއް ނުވާކަމެވެ. އެއީ ސިއްރިއްޔާ (އަޑުމަޑުކޮށް ކިޔަވާ) ނަމާދެއް ވިޔަސް ނޫނީ ޖަހްރިއްޔާ (އަޑު ފާޅުކޮށް ކިޔަވާ) ނަމާދެއް ވިޔަސް އެވެ. އަދި މިކަމަށްޓަކައި ދަލީލު ނެންގެވީ ދެޞަޙީޙުގައި އައްޒުހުރީގެ ރިވާޔަތް ތަކުން، މަޙްމޫދު ބުނުއް ރަބީޢުގެ އަރިހުން ޢުބާދަތަ ބްނިއް ޞާމިތި އަރިހުން ވާރިދުވެފައިވާ ރިވާޔެވެ. ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ:
«لَا صَلَاةَ لمن لم يقْرَأ بِفَاتِحَة الْكتاب» (ފާތިޙަތުލް ކިތާބި-އެބަހީ : ފާތިޙާ ސޫރަތް- ނުކިޔަވާ މީހަކަށް ނަމާދެއް ނުވެއެވެ.)
އަދި މުސްލިމް އެކަލޭގެފާނުގެ "ޞަޙީޙު" ގައި، ސުފްޔާން ބުނު ޢުޔައިނާގެ ރިވާޔަތުން، އަލްޢަލާއު ބުނި ޢަބްދިއް ރަޙްމާން ގެ އަރިހުން، އެކަލޭގެފާނުގެ ބައްޕާގެ އަރިހުން، އަބޫ ހުރައިރާގެ އަރިހުން ގެންނެވި ރިވާޔަތް ވެސް މީގައި ޙުއްޖަތުގެ ގޮތުން ބޭނުން ކުރެއްވިއެވެ. ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއޭ:
«من لم يقرأ بفاتحة الكتاب فصلاته خداج خداج خداج»
(ފާތިޙަތުލް ކިތާބި ނުކިޔަވައިފި މީހާ، ފަހެ އޭނާގެ ނަމާދު ފުރިހަމަނުވެއެވެ. ފުރިހަމަނުވެއެވެ. ފުރިހަމަނުވެއެވެ.)
އަދި އިމާމް އަޙްމަދާއި ސުނަން ގެ އަހުލުން ތެރެއިން ބައެއް ބޭކަލުން، މުޙައްމަދު ބުނު އިސްޙާޤުގެ މަގުން މަކްޙޫލުގެ އަރިހުން، މަޙްމޫދު ބުނުއް ރަބީޢުގެ އަރިހުން ޢުބާދަތުގެފާނު އަރިހުން ރިވާކުރެއްވި ޙަދީޘުންވެސް މިއަށް ޙުއްޖަތް ގެންނަވިއެވެ. އަދި އޭގައި ވެއެވެ:
«لعلكم تقرؤون خلف إمامكم؟» قلنا نعم. قال: «لا تفعلوا إلا بفاتحة الكتاب»
(ޙަދީޘް ކުރެއްވިޔޭ: ”ފަހަރެއްގައި ތިޔަބައި މީހުންގެ އިމާމު މީހާ ފަހަތުން ތިޔަބައި މީހުން ކިޔަވަނީ ކަމުގައި ވެދާނެހެވެ؟“ އަހަރެމެން ދެންނެވީމޭ: އާދޭހޭ، އެކަލޭގެފާނު ޙަދީޘް ކުރެއްވިއޭ: ”އެގޮތަށް ތިޔަބައި މީހުން ކަންތައް ނުކުރާށެވެ. އެހެނަސް ފާތިޙަތުލް ކިތާބި އަށް މެނުވީއެވެ.“)
2⃣ދެވަނަ ރައުޔު: އެއީ އިހުބުނެވުނު ރައުޔުގެ އިދިކޮޅެވެ. ޖަހްރިއްޔާ ނަމާދެއްގައިވިޔަސް ނޫނީ ސިއްރިއްޔާ ނަމާދެއްގައިވިޔަސް އަލްފާތިޙާ (މައުމޫމުވެ ކުރާނަމަ) ކިޔަން ނުޖެހޭނޭ ކެމެވެ. މިއީ އަބޫ ޙަނީފާ ކަނޑައެޅުއްވި ގޮތެވެ. އަދި މިއީ މާލިކީންގެ ވެސް ބަހެވެ. އަދި މިއީ އިމާމް އަޙްމަދު رحمه الله ގެ މަޛުހަބުގައިވާ ދެޤަޥްލުން ކުރެ އެއްޤަޥްލެވެ. މިބާބުގައި ދަލީލުގެ ގޮތުން ބަލިކަށި ތަކެތިވެއެވެ. މިޘާލަކަށް މިޙަދީޘެވެ... ޙަދީޘް ކުރެއްވިޔޭ:
«هل قرأ معي منكم أحد»
(ތިޔަބައިމީހުން ތެރެއިން އެކަކުވެސް ˺ނަމާދުގެ ތެރޭގައި˹ ތިމަންކަލޭގެފާނާއި އެކުއެކީ ކިޔެވިން ހެއްޔެވެ؟)
މީސްތަކުން ހަނުތިއްބެވެ. ދެން ދެފަހަރު ނޫނީ ތިންފަހަރު އެސުވާލު ތަކުރާރު ކުރެއްވިއެވެ. ދެން މީސްތަކުން ބުނެފޫއެވެ: ”އާދޭހެވެ.“
އެހިނދު ޙަދީޘް ކުރެއްވިވިއެވެ:
«أقول مالي أنازع القرآن»
(މިއުޅުއްވަނީ ތިމަންކަލޭގެފާނާއި ޤުރުއާނުގައި އަރައިރުން މިވަނީ ކާކުބާއޭ، ހިތްޕުޅަށް އަރައި ވަޑައިގެނެވެ.)
އައްޒުހުރީ ވިދާޅުވިއެވެ: ”އެހެންކަމުން ރަސޫލު ﷲ ﷺ ގެ ފަހަތްޕުޅުގައި ނަމާދު ކުރުމުގައި، އެކަލޭގެފާނު އަޑުފާޅުކޮށް ކުރައްވާ ނަމާދު ތަކުގައި މީސްތަކުން ޤުރުއާން ކިޔެވުން ހުއްޓައިލިއެވެ.“
⚠️އަދިވެސް އެބޭކަލުން ވިދާޅުވިއެވެ: މައުމޫމު މީހާ ˺އަލްފާތިޙާ˹ ކިޔަވަންދަން އިމާމު މީހާ މަޑުކުރުން ޝަރުޢުވެގެން ނުވެއެވެ. އެހެންކަމުން އަލްފާތިޙާ ކިޔަވައި ނިމުމާއި އެކު ޤުރުއާން ކިޔެވުމަށް އަވަސްވެގަތުން ޝަރުޢުވެފައިވެއެވެ.
އެގޮތުން އިމާމު މީހާ ▶️إِنَّآ أَعۡطَيۡنَٰكَ ٱلۡكَوۡثَرَ◀️ ކިޔަވާ ހިނދު އަހަރެން އެއާއި އެކު އަލްފާތިޙާ ކިޔަވަނީނަމަ، އޭނާ ރުކޫޢު ކުރާހިނދުވެސް އަހަރެން އަލްފާތިޙާއިން އަވަދިނުވެއެވެ.
މީގެ އިތުރުން، އިމާމު މީހާ އަޑުފާޅުކޮށް ކިޔެވުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އަދި އެއަޑުއަހަނީ ކާކުހެއްޔެވެ؟ އަދި އޭނާގެ ކިޔެވެލީގެ ފާއިދާއަކީ ކޮބައިހެއްޔެވެ؟ އަދި އޭނާގެ ފަހަތުގައިވާ މީހުންނަށް އެއިން ލިބިދޭ މޭވާއަކީ ކޮބައިހެއްޔެވެ؟
=
⚙️އިމާމް މީހާގެ ފަހަތުން މައުމޫމުމީހާ ކިޔެވުން އަދި މައުމޫމު މީހާ ޖަމާޢަތުގެ ނަމާދުގައި އަލްފާތިޙާ ސޫރަތް ކިޔެވުމުގެ ޙުކުމް
①
❞ ޞައްޙަގޮތަކީ އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި މައުމޫމުމީހާ ނުކިޔެވުމެވެ. އެހެނީ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
▶️وَإِذَا قُرِئَ ٱلۡقُرۡءَانُ فَٱسۡتَمِعُواْ لَهُۥ وَأَنصِتُواْ لَعَلَّكُمۡ تُرۡحَمُونَ◀️ [الأعراف: 204]
މާނައީ: "އަދި ޤުރްއާން ކިޔެވޭހިނދު ތިޔަބައިމީހުން ހަނުތިބެ، އެއަށް ކަނުލައި އަހާށެވެ!.."
ފަހެ އޭނާއަށް އަމުރުވެވިގެންވަނީ ކަނުލާ އަޑުއަހަން ހުރުމަށެވެ. އަދި އެކަކަށްވުރެ ގިނަ ސަލަފުންގެ ބޭކަލުންގެ އަރިހުން އޭގެ މުރާދަކީ ނަމާދުގައިކަމުގައި އައިސްފައިވެއެވެ. ޢަބްދު ﷲ ބްނު ޢައްބާސްއާއި، އިބްނު މަސްޢޫދުއާއި، މުޖާހިދު ބްނު ޖަބްރުގެ އަރިހުން އެހެން ރިވާވެގެންވެއެވެ. އެއީ އިބްނު ޖަރީރުއާއި، އިބްނު އަބީ ޙާތިމުއާއި، އެހެނިހެން ބޭކަލުން ޢަލީ ބްނު އަބީ ޠަލްޙާގެ އަރިހުން، މިއާޔަތުގައި އިބްނު ޢައްބާސް ވިދާޅުވިކަމަށް ރިވާކުރެއްވިފަދައިންނެވެ:
(يَعْنِي: فِي الصَّلَاةِ الْمَفْرُوضَةِ)
މާނައީ: "އެބަހީ: ފަރުޟުވެގެންވާ ނަމާދުގައިއެވެ."
އިބްނު އަބީ ޝައިބާއާއި، އައްޠަބަރާނީ 'އަލްކަބީރު' ގައި، އަދި އިބްނުލް މުންޛިރު، އަބޫ ވާއިލުގެ އަރިހުން، އިބްނު މަސްޢޫދުގެ އަރިހުން، އިމާމުމީހާގެ ފަހަތުން ކިޔެވުމުގައި އެކަލޭގެފާނު ވިދާޅުވިކަމަށް ނެރުއްވިއެވެ:
«أَنْصِتْ لِلْقُرْآنِ كَما أُمرتَ، فَإِنَّ فِي الصَّلَاةِ شُغْلًا، وَسَيَكْفِيكَ ذَاكَ الْإِمَامُ»
މާނައީ: "ތިބާއަށް އަމުރުވެވިގެންވާ ފަދައިން ހަނުހުރެ ކަނުލާ ޤުރްއާން އަޑުއަހަން ހުންނާށެވެ. ފަހެ ނަމާދުގައި މަޝްޣޫލުވުމެއްވެއެވެ. އިމާމުމީހާ އެކަންތައް ތިބާއަށް ފުއްދާދޭނެއެވެ."
އަދި ޢަބްދުއްރައްޒާޤު، ސާލިމުގެ އަރިހުން، އިބްނު ޢުމަރު ވިދާޅުވިކަމަށް ރިވާކުރެއްވިއެވެ:
«يُنْصَتُ لِلْإِمَامِ فِيمَا يَجْهَرُ بِهِ فِي الصَّلَاةِ وَلَا يَقْرَأُ مَعَهُ»
މާނައީ: "ނަމާދުގައި އިމާމު އަޑުހަރުކޮށް ކިޔަވާ އެއްޗަކަށް އޭނާ ކަނުލާ އަޑުއަހަން ހުންނާނީއެވެ. އަދި އިމާމުމީހާއާއި އެކުގައި އޭނާ ނުކިޔަވާހުށްޓެވެ."
ޢާއްމު ގިނަ ޞަޙާބީން ޢަމަލުކުރައްވަމުން ދިޔައީ މިގޮތަށެވެ. އިބްނު ޢައްބާސްއާއި، އިބްނު މަސްޢޫދުއާއި، އިބްނު ޢުމަރުއާއި، އަބޫ ހުރައިރާއާއި، ޢާއިޝާގެ އަރިހުން އެފަދައިން ޘާބިތުވެގެންވެއެވެ.
ޞަރީޙަކޮށް ޞައްޙަ ގޮތަކުން އެބޭކަލުންނާއި ޚިލާފުވި އެއްވެސް ޞަޙާބީއެއް އަހުރެންނަށް އެނގިގެން ނުވެއެވެ. އެބޭކަލުންގެ ގާތުގައި އެކަންތައް އިޖްމާޢުއެއްކަމުގައި ވުން ގާތެވެ. އޭގެ ފަހުން ޚިލާފު އުފެދިފައިވިޔަސްމެއެވެ. ޢުމަރުގެ އަރިހުން ރިވާކުރެވުނު އެއްޗެއް މެނުވީއެވެ. އެވެސް ޞަރީޙައެއް ނޫނެވެ...⁽¹⁾
އިބްނު މަސްޢޫދުގެ އަޞްޙާބުންކަމުގައިވާ: އަލްއަސްވަދުއާއި، ޢަލްޤަމާއާއި، އިބްރާހީމް އައްނަޚަޢީވެސް ތިއްބެވީ އިބްނު މަސްޢޫދުގެ ބަސްފުޅު މަތީގައިއެވެ.
ޢަބްދުއްރައްޒާޤުގެ މުޞައްނަފުގައި: އަލްއަޢުމަޝްގެ އަރިހުން، އިބްރާހީމް ވިދާޅުވިކަމަށް ރިވާކުރެއްވިއެވެ:
(مَا كَانُوا يَقْرَؤُونَ خَلْفَ الْإِمَامِ حَتَّى كَانَ ابْنُ زِيَادٍ، فَقِيلَ لَهُمْ: «إِذَا لَمْ يَجْهَرْ لَمْ يَقْرَأْ فِي نَفْسِهِ، فَقَرَأَ النَّاسُ»
މާނައީ: "އިބްނު ޒިޔާދު (ގެ ދުވަސްވަރު) އަތުވެއްޖައުމަށް ދާންދެން މީސްތަކުން އިމާމުމީހާގެ ފަހަތުން ކިޔަވާކަމުގައި ނުވެއެވެ. ދެން އެމީހުންނަށް ބުނެވުނެވެ: އޭނާ އަޑުހަރުކޮށް ނުކިޔަވާނަމަ އޭނާގެ ހިތުންވެސް ކިޔެވިކަމަށް ނުވެއެވެ.' ދެން މީސްތަކުން ކިޔަވަން ފެށިއެވެ.'"
އަދި ޞައްޙަގޮތަކީ އެސޫރަތް -އެބަހީ ފާތިޙާ- އަކީ އިމާމްމީހާއާއި، އަދި މައުމޫމުމީހާގެ ނިސްބަތުގައިވެސް ސިއްރުން ކިޔަވާ ނަމާދުތަކުގައި ނަމާދުގެ ރުކުނެކެވެ. އަދި ވަކިން ނަމާދުކުރާ މީހާ ސިއްރުންކިޔަވާ ނަމާދުގައިވެސް އަޑުހަރުކޮށް ކިޔަވާ ނަމާދުގައިވެސް ފަރަޤެއް ނުވާގޮތުގައި މާއައުލާކޮށް ރުކުނެކެވެ. މައުމޫމުންނަށް ބަލާއިރު، ހަތަރު ރަކްޢަތް ނަމާދުތަކުގައި ފަހު ދެރަކްޢަތުގައާއި، އަދި ތިންރަކްޢަތުގެ މަޣްރިބުނަމާދުގައި ތިންވަނަ ރަކްޢަތުގައިވެސް -ޞައްޙަ ޤައުލުގެ މައްޗަށް- ރުކުނެކެވެ.
އަދި ބައެއް ބޭކަލުން ސިއްރުން ކިޔަވާ ނަމާދެއްވިޔަސް، އަޑުހަރުކޮށް ކިޔަވާ ނަމާދެއްވިޔަސް މައުމޫމުމީހާއަށް މުޠުލަޤުލޮށް އެކަމުގައި ލުއިކުރެއްވިއެވެ... .
ـــــــــــــــــــ
[1] އެއީ ޢަބްދުއްރައްޒާޤުގައި، ޔަޒީދު ބްނު ޝަރީކު، ޢުމަރުގެފާނަށް ވިދާޅުވިކަމަށް ރިވާވެގެންވާ ރިވާޔަތުގައިއެވެ:
(أَقْرَأُ خَلْفَ الْإِمَامِ؟ قَالَ: «نَعَمْ» قُلْتُ: وَإِنْ قَرَأْتَ يَا أَمِيرَ الْمُؤْمِنِينَ؟ قَالَ: «نَعَمْ، وَإِنْ قَرَأْتُ»)
މާނައީ: "އަހުރެން އިމާމުމީހާގެ ފަހަތުން ކިޔަވަންވީތޯއެވެ؟' ވިދާޅުވިއެވެ: 'އާނއެކެވެ.' އަހުރެން ދެންނެވީމެވެ: 'އޭ އަމީރުލް މުއުމިނީނެވެ! ކަލޭގެފާނު ކިޔަވާވިދާޅުވިނަމަވެސް ހެއްޔެވެ؟' ވިދާޅުވިއެވެ: 'އާނއެކެވެ. އަހުރެން ކިޔެވިނަމަވެސްމެއެވެ.'"
📝 އިސްތިޚާރާ ނަމާދާއި އޭގެ ދުޢާ އާއިމެދު (ޚުލާޞާ ނުކުތާ ތަކެއް)
🔗https://monogr.ph/68071db676c3c7c3fa6587c3
~ ގަލަންދާނު 🖋
☪☪☪☪☪☪
⬆️ ❞ ދިވެހިރާއްޖޭގައިވާ، ˺އެބައެއްގެ މޫނުތައް˹ ނޫރުން ފުރިފައިވާ، އަހަރެންގެ ލޮބުވެތި މުސްލިމުންނަށް ﷲ ހެޔޮ ދަރުމަ ދެއްވާށިއެވެ!
ޣައްޒާ އާއި އެބައިމީހުންނާއި ދެމެދު މާސިންގާ ދުރުމިނާއި ކަނޑުތައް ވުމާއި އެކުވެސް، އަދި ފަހަރެއްގައި އެވެރިންނީ ޚުދު އެތަކެއް އިމްތިޙާންތަކެއް ތަޙައްމަލް ކުރަމުންދާ ބައެއް ކަމުގައިވީ ހިނދުގައިވެސް، އެބައިމީހުން މިއުއްމަތުގެ ހިތް އަލިކޮށްދީފައި މިވަނީ ބޯޑަރުތަކާއި، ބަސްތަކާއި، ބިންތަކުން ފަހަނައަޅައިދާ އޯގާތެރިކަމަކުންނެވެ.
އެވެރިން މިވަނީ، لا اله الا الله ގެ ކަލިމައީ ލެޔާއި ނަސަބަށްވުރެ ހިތްތަކުގައި ބިންވަޅުނެގޭ އެއްޗެއް ކަމުގައި އަހަރެމެންނަށް ހަނދުމަ ކޮށްދީފައެވެ. އަދި އެވެރިން މިވަނީ ނަބިއްޔާ ﷺ ގެ މިޙަދީޘް ބަސްފުޅުގެ މައްޗަށް ޢަމަލުކޮށް އޭގެ މާނަ އަހަރެމެންނަށް މިޘާލުން ދައްކައިދީފައެވެ. އެޙަދީޘް ފުޅީ: މުއުމިނުންނަކީ އެއް ހަށިގަނޑެއް ފަދަ ބައެއް ކަމެވެ. އެހަށިގަނޑުން އެއް ގުނަވަނެއްގައި ވޭން އަޅާނަމަ، މުޅިހަށިގަނޑު އެއަށް އިޖާބަދީ ނިދިނަގާލުމާއި ހުންއައުމުގައި ވެޔޭއެވެ.
ފަހެ އެވެރިންގެ އެއްބައިވުންތެރިކަމާއި، އެވެރިންގެ ދީލަތިކަމާއި، އެވެރިންގެ ގުޑުމެއް ނުވާ ހަމްދަރުދީ ˺ޝައްކެތްނެތި˹ ދެމިހުރީ، މި މާތް އުއްމަތް އެއަކުން މާނަކުރެވިގެންވާ: ރަޙުމްކުޅައުމާއި އެއްބައިވަންތަކަމުގެ އަލިގަދަ ހެއްކެތްގެ ގޮތުގައެވެ.
﴿وَإِن تَتَوَلَّوۡاْ يَسۡتَبۡدِلۡ قَوۡمًا غَيۡرَكُمۡ ثُمَّ لَا يَكُونُوٓاْ أَمۡثَٰلَكُم﴾ [47:38]
(އަދި ތިޔަބައިމީހުން އެނބުރި ފުރަގަސްދޭނަމަ، ތިޔަބައިމީހުންގެ ބަދަލުގައި ތިޔަބައިމީހުން ނޫންބަޔަކު، އެކަލާނގެ ގެންނަވާހުށްޓެވެ. ދެން، ތިޔަބައިމީހުންފަދަ ބަޔަކު ކަމުގައި އެއުރެން ނުވާނެތެވެ.)
މާތް ﷲ އެބައިމީހުންގެ މަސައްކަތްތައް ޤަބޫލުކުރައްވައި، އެބައިމީހުންގެ ދަރަޖަ މަތިވެރިކުރައްވައި، އެބައިމީހުންގެ ދިރިއުޅުމާއި ޢާއިލާގައި ގިނަގުނަ ބަރަކާތް ލައްވާށިއެވެ. އަދި ޣައްޒާގައި ތިބި އަނިޔާލިބެމުންދާ އަހަރެމެންގެ އަޚުންނާއި އުޚުތުންގެ ކެކުޅުންތައް ފަސޭހަކޮށްދެއްވާށިއެވެ. އެބައިމީހުންނަށް ޘާބިތުކަމާއި، އިލާހީ ރައްކާތެރިކަމާއި، ކާމިޔާބުގެ މަތިވެރި ނަޞްރެއް ދެއްވާށިއެވެ.
އަޙްމަދް މޫސާ ޖިބްރީލް
ޝައްވާލް 19، 1446 ހ. #WeFailedGaza ❝
(ބަސްކޮޅު)
~ ގަލަންދާނު 🖋