ޢިލްމު އަދި އެއަށް ލޯބިކުރާ ދަރިވަރުންނަށް Notes by, ibn Fahmī Dīdī عفا الله عنه Friends & family 🤖 Contact: @galandan_bot 🌐 English: @galandaan
_③_
ـــــــــــــــــ
އިތުރު ބަޔާން:
އައްޝެއިޚް އިބްނު ޢުޘައިމީން ވިދާޅުވިއެވެ:
ޣައިބަށް ކަށުނަމާދު ކުރުން: ޞައްޙަ ބުނުމަކީ އެއީ ސުންނަތެއް ނޫން ކަމެވެ. އެހެނަސް އެމީހަކަށް ކަށުނަމާދު ނުކުރެވި އޮވެއްޖެ މިހަކަށް މެނުވީއެވެ. މިޘާލަކަށް ކަނޑުގައި ޣަރަޤުވެ އެމީހަކަށް ކަށުނަމާދު ނުކުރެވި އޮވެއްޖެ މީހެއް ފަދައެވެ. އެހިނދުގައި ⌝އޭނަގެ ހަށިގަނޑުނެތް ޙާލު⌜ އޭނާއަށް ނަމާދު ކުރެވެއެވެ."لقاء الباب المفتوح" (216/7).
ދެންފަހެ، އެއްވެސް ތަނެއްގައި އޭނާއަށް ނަމާދު ކުރެވިއްޖެ ނަމަ، ދަންނައެ، އޭނާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުން ނުވެއެވެ. އެހެނީ އެބޭކަލަކަށް ކަށުނަމާދު ނުކުރެވި އޮތް އެންމެ ބޭކަލަކަށް މެނުވީ ނަބިއްޔު ﷺ ޣައިބަށް ކަށުނަމާދު ކުރައްވާފައި ނުވާތީއެވެ. އެއީ އައްނަޖާޝީ އަށެވެ. ޣައިބުގައި ވާ ފަރާތަކަށް ކަށުނަމާދު ކުރުމީ ޝަރުޢުވެގެންވާ ކަމެއްނަމަ، އެކަން އުއްމަތުގެ މައްޗަށް ފުރަތަމަވެސް ކުރެއްވި ފަރާތަކަށްވީހީ ނަބީ މުޙައްމަދު ﷺ އެވެ. ޢަޞްޙާބު ބޭކަލުންވެސް ވީ މިފަދައިންނެވެ. އެބޭކަލުން ޣައިބަށް ކަށުނަމާދު ކުރެއްވިކަމުގައި ވާރިދުވެފައި ނުވެއެވެ. ވެރިންނާއި ޚަލީފާއިންނާއި، އަމީރުން އަވަހާރަވިއެވެ. އެއިން އެއްވެސް ބޭކަލަކަށް ⌝ޣައިބަށް⌜ ކަށުނަމާދެއް އެބޭކަލުން ނުކުރައްވައެވެ. އަދި އަހަރެމެން މިބަޔާން ކުރި ރައުޔަކީ، ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله އިޚްތިޔާރުކުރެއްވި ރައުޔެވެ.“
⚙️ޣައިބަށް ކަށުނަމާދު ކުރުމުގެ މައްސަލާގައިވާ ޚުލާޞާ
سماحة الشيخ العلامة سليمان العلوان
މަޞްދަރު: اللقاء المفتوح ١٥
⚠️ޢާންމުކޮށް ކޮންމެ ހަނދުމަހެއްގެ މެދުފޮއިރޯދަ ހިފާ މީހަކަށް ވިޔަސް، ޙައްޖުމަހުގެ 13 ވަނަ ދުވަހުގައި ރޯދަ ހިފުން ހުއްދަވެގެން ނުވެއެވެ.
އަޟްޙާ ޢީދު ދުވަހާއި ވިދިގެން އަންނަ ”އައްޔާމުއް ތަޝްރީޤު“ ގެ 3 ދުވަހުގައި (އެބަހީ: ޙައްޖު މަހުގެ 11، 12 އަދި 13 ގައި) ރޯދަ ހިފުމާއި މެދު ޢިލްމުވެރިން ޚިލާފުވެލެއްވިއެވެ.
⬆️މިބާބުގައިވާ ޙަދީޘްތައް:
⬆️އިމާމް މުސްލިމް އެކަލޭގެފާނުގެ ”ޞަޙީޙު“ ގައި ރިވާކުރެއްވި ނުބައިސަތަލް ހުޛަލިެއްޔުގެ ޙަދީޘް: ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިޔޭ: «أَيَّامُ اَلتَّشْرِيقِ أَيَّامُ أَكْلٍ وَشُرْبٍ, وَذِكْرٍ لِلَّهِ عَزَّ وَجَلَّ» މާނައީ: ”އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކަކީ ކެއުމާއި ބުއިމާއި އަދި الله عَزَّ وَجَلَّ ގެ ޛިކުރު ކުޅައުމުގެ ދުވަސްތަކެކެވެ.”
⬆️ޢާއިޝަތުގެފާނާއި އިބްނު ޢުމަރުގެ އަރިހުން، އެދެބޭފުޅުން ވިދާޅުވިޔޭ: «لَمْ يُرَخَّصْ فِي أَيَّامِ اَلتَّشْرِيقِ أَنْ يُصَمْنَ إِلَّا لِمَنْ لَمْ يَجِدِ اَلْهَدْيَ» މާނައީ: ”އައްޔާމުއް ތަޝްރީޤުގައި ހަދްޔު ނުލިބިއްޖެ މިހަކަށް މެނުވީ ރޯދަ ހިފުމަކަށް ފުރުސަތެއް ދެވިގެން ނުވެއެވެ.“ ރިވާކުރެއްވީ އަލްބުޚާރީ އެވެ.
⬆️މީގެ މައްޗަށް ޢިލްމުވެރިން އަރިހުން އައިސްފައިވާ ރައުޔުފުޅުތަކުގެ ޚުލާޞާ އަކީ؛
1️⃣އެއިން އެއްބައިބޭކަލުން މުޠްލަޤުކޮށް އެކަން (އެބަހީ: އެދުވަސް ތަކުގައި އެއްވެސް ރޯދައެއް ހިފުން) މަނައު ކުރެއްވިއެވެ.
2️⃣އެއިން އެއްބައިބޭކަލުން އެކަން ޙައްޖާޖީންނަށް އެކަނި މަނައު ކުރެއްވިއެވެ. މިއީ ޢަޠާއު އަރިހުން އައިސްފައިވާ ރައުޔެކެވެ. އަދި ޖުމްހޫރުން މިއާއި ޚިލާފުވެލެއްވިއެވެ.
3️⃣އެއިން އެއްބައިބޭކަލުން އެކަން ސުންނަތް ރޯދަތަކަށް އެކަނި މަނައު ކުރެއްވިއެވެ. އަދި ވާޖިބު އަދި ވާޖިބު ތަކުގެ ތެރެއިން ޤަޟާއު ރޯދަތަކަށް ހުއްދަކުރެއްވިއެވެ.
4⃣އެއިން އެއްބައިބޭކަލުން އެކަން މުޠްލަޤުކޮށް އެންމެންނަށް މަނައު ކުރައްވައި، އެއިން ޙައްޖާޖީންގެ ތެރެއިން ހަދިޔު ނުލިބުނު މީހުންނަށް ވާ 3 ރޯދަ އިސްތިޘްނާ ކުރެއްވައި ހުއްދަ ކުރެއްވިއެވެ.
އަދި ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ އިޚްތިޔާރު ކުރެއްވިގޮތެވެ.
📝 ބުލޫޣުލް މަރާމުގެ ޝަރަޙައިގައި މިޤަޥްލުތަކުގެ ތަފްޞީލު ގެންނެވައި، އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން ވިދާޅުވިއެވެ:
”...މިބާބުގައިވާ ޙަދީޘުން ދަލީލުކުރަނީ އައްޔާމުއް-ތަޝްރީޤުގައި ރޯދަ ހިފުން ޙަލާލުވެގެން ނުވާކަމެވެ. އެއީ ދެޢީދުގައިވެސް ރޯދަ ހިފުން ޙަލާލުވެގެން ނުވާ ފަދައިންނެވެ. ވީމާ އެދުވަސްތަކުގައި ހިފައިފި ރޯދައެއް ޞައްޙަވެގެން ނުވެއެވެ. އެހެނީ ޙަލާލު ނޫން ވަޤުތެއްގައި ރޯދަ ހިފައިފައި ވާތީއެވެ. އަދި މިކަމުގައި ޤަޟާއު ރޯދައެއް ފަދަ ފަރުޟެއް ނޫނީ އިޚްތިޔާރީ (ނަފުލު) ރޯދައެއް ވިޔަސް ހަމަހަމައެވެ. އެހެނަސް މިޙުކުމުން އިސްތިޘްނާވެގެން ވަނީ، (ޙައްޖާޖީންގެ ތެރެއިން) ހަދިޔު ނުލިބިއްޖެ މީހެއްގެ މައްޗަށް އޮތް 3 ރޯދައިގައި އެކަންޏެވެ... [...] އަދި މިތިން ރޯދައަކީ، ޢަރަފާތް ދުވަހުގެ ކުރިންވެސް ހިފުން ހުއްދަ ރޯދައެކެވެ. އަދި ރާޖިޙު ޤަޥްލުގެ މައްޗަށް ބަލާއިރު، ނަޙްރުގެ ދުވަހަށް ފަހު (އެބަހީ؛ އަޟްޙާ ޢީދުގެ ފުރަތަމަ ދުވަހަށް ފަހު) އައްޔާމުއް-ތަޝްރީޤުގެ ތިން ދުވަހުގައި ވެސް އެ ތިން ރޯދަ ހިފުން ހުއްދަ ޖާއިޒެވެ. އަދި މިއީ އިމާމް އަޙްމަދުގެ އަރިހުން އެއްރިވާޔަތުގައި އައިސްފައިވާ ޤަޥްލުފުޅެވެ. އަދި މިއީ މިމައްސަލާގައި ޝެއިޚުލް އިސްލާމް (އިބްނު ތައިމިއްޔާ) އާއި އިބްނުލް ޤައްޔިމް އިޚްތިޔާރު ކުރެއްވި ރައުޔެވެ. އަދި މިއީ ޙާފިޡު އިބްނު ކަޘީރު ގެ ވެސް ޤަޥްލުފުޅެވެ. ﷲ އެބޭބޭކަލުންނަށް ރަޙުމަތް ލައްވާށިއެވެ.“
🔴
مادمنا مع بعضنا
އަހަރެމެން އެކުގައިވާހާ ހިނދަކު
دامت مساعيد
އުފާވެރިކަން ދެމިއޮންނާނެތެވެ.
حبل الود يجمعنا
ލޯބީގެ ވާފަށްތަކުން އަހަރެމެން ޖަމަޢުވެއެވެ.
في عيد السعادة
...މިއުފާވެރިކަމުގެ ޢީދުގައެވެ!
🗒ތަރުޖަމާ ލިންކް | 🔗އޯޑިއޯ mp3
~ ގަލަންދާނު 🖋
🎆 ޢީދުގެ ބައެއް އަޙްކާމުތައް
⬆️ޢީދުގައި އުފާވެރިކަން ފާޅުކުރުމީ ސުންނަތެކެވެ. އެއިން އެކުވެރިޔާ އުފާކޮށްދެއެވެ. ޢަދުއްވު ހިތްނުތަނަވަސް ކުރުވައެވެ. ޙަބަޝީންނަށް އެބައިމީހުންގެ (ޢަސްކަރީ) ކުޅިވަރުގެ ޙަރަކާތްތައް މިސްކިތު ތެރޭ ދެއްކުމަށް ނަބިއްޔު ﷺ އިޛުނަދެއްވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ: «لتعلم اليهود أن في ديننا فسحة» ((އަހަރެމެންގެ ދީނުގައި (މުނިއަވަސްފިލުވުމަށް) ތަނަވަސްކަން އޮތްކަން ޔަހޫދީންނަށް އެގެންޖެހެއެވެ.))
⬆️ޙަދީޘާއި ސަލަފުންގެ އަޘަރުތަކުން ވާރިދުވެގެންވަނީ، ޢީދުގެ ތަހުނިޔާ އަދާކުރެވެނީ ޢީދު ދުވަހުގައި ކަމެވެ. އެހެނަސް އޭގެ ކުރިން ތަހުނިޔާ ކިޔުން މަނަޢު ކުރާ އެއްޗެއް ފެންނާކަށް ނެތެވެ. މީހަކު އެކަން ދުރާލާ ކުރާނަމަ، އެކަން އޮތީ ޢީދުވަންނަ ރެއެވެ. އެހެނަސް މޮޅުއިތުރީ ޢީދުގެ ދުވަހުގެ ހެނދުނެވެ.
⬆️މާނަ ހެޔޮ ކޮންމެ ޖުމަލަޔަކުން ވިޔަސް ޢީދުގެ ތަހުނިޔާ އަދާ ކުރެވިދާނެއެވެ. ނަބިއްޔު ﷺ ގެ ޙަދީޘް ފުޅަކުން ވަކި ޚާއްޞަ ޞީޣާއެއް އެއަށް ޘާބިތުވެފައި ނުވެއެވެ. މިކަމުގައި ވާރިދުވެފައިވާ އެންމެ ޞައްޙަ އެއްޗަކީ، ޢަޞްޙާބުބޭކަލުން އެއްބޭފުޅެއް އަނެއްބޭފުޅަކަށް ކިޔުއްވި ތަހުނިޔާއެވެ: تَقَبَّلَ اللَّهُ مِنَّا وَمِنْكَ ((އަހަރެމެންނާއި ތިބާ ފުށުން ﷲ (އަދާމިކުރެވުނު) ހެޔޮ ޢަމަލުތައް ޤަބޫލު ކުރައްވާށިއެވެ.))
⬆️ޢީދު ނަމާދުގެ ކުރިޔަށް ވާ ސުންނަތްތަކީ: ތަކްބީރު ކިޔުމާއި، ހިނެއިގަތުމާއި، ހުވަނދުލުމާއި، އައު ހެދުމެއް ލުމާއި، ފިތުރު ޢީދުގައި ނަމަ؛ ނަމާދުގެ ކުރިން އޮނަހިރި އަދަދެއްގެ ކަދުރުއޮށެއް ކެއުމެވެ. އަދި ނަމާދަށް ހިނގާފައި ދާ އަދި އަންނަ މަގު ތަފާތުކުރުމެވެ.
— އައްޠަރީފީ (ބަސްކޮޅު)
~ ގަލަންދާނު 🖋
⏺ ތަކްބީރު ކިޔުމުގެ ޞީޣާ:
❞ ރަސޫލު ﷺ އަރިހުން ތަކްބީރު ކިޔުމުގެ ވަކި ޚާއްޞަ ސިފަޔެއް ޘާބިތުވެފައި ނުވެއެވެ. އަދި އެކަން ޘާބިތުވެފައި ވަނީ އަޞްޙާބު ބޭކަލުން رضي الله عنهم އަރިހުން ތަފާތު ގޮތް ތަކަކަށެވެ:
🔈 (اللَّهُ أَكْبَرُ ، اللَّهُ أَكْبَرُ ،اللَّهُ أَكْبَرُ كَبِيرًا)
🔈 (اللَّهُ أَكْبَرُ ، اللَّهُ أَكْبَرُ ، لَا إلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ ، اللَّهُ أَكْبَرُ، وَلِلَّهِ الحَمْدُ)
🔈 (اللَّهُ أَكْبَرُ كَبِيرًا، اللَّهُ أَكْبَرُ كَبِيرًا، اللَّهُ أَكْبَرُ وأَجَلُّ، اللَّهُ أَكْبَرُ وَلِلَّهِ الحَمْدُ)
– އަލްމުޙައްދިޘް، އައްޝެއިޚް ޢަބްދު الله އައްސަޢްދު (ބަސްކޮޅު)
~ ގަލަންދާނު 🖋
ސުވާލާއިޖަވާބު
🗣 އައްރިޔާއު އަކީ ދެދުނިޔޭގެ މުޞީބާތެކެވެ.
❞ މަޚުލޫޤުންނަށް ކަންދެއްކުމާއި⁽¹⁾ ދެއްކުންތެރިވުމާއި، ހިތްއެނބުރިފައި ވުމީ، ނަފްސަށްވާ ނުތަނަވަސް ކަމެކެވެ. އަދި ކައްވަޅުގެވެސް ނުތަނަވަސް ކަމެކެވެ. އަދި މިކަން ކުރަނީ ޢިލްމެއް ނެތް މީހުންނެވެ. އެހެނީ ޢިލްމާއި ޢަމަލު ހާމަކޮށް އެކަމުގައި މީސްތަކުންގެ މޫނަށް ބެލުމީ، އޭގެ ސަބަބުން އެޢަމަލަކަށް ﷲ ބަރަކާތެއް ނުލައްވާ އަދި އެޢަމަލެއް ބައްލަވައިވޮޑިގެން ވެސް ނުވާ ކަމެކެވެ. އަދި އެފަދަ މީހާއަށް ކާމިޔާބެއްވެސް އަދި އެއިލާހުގެ އަޅުތަކުންގެ ހިތްތަކުގައި ލޯތްބެއްވެސް ނުލައްވަވައެވެ. އަދި މީސްތަކުންގެ މެދުގައި އޭނާއާއި މެދު ހެޔޮ ގޮތެއްގައި ވާހަކަދެކެވުންވެސް ނުލައްވަވައެވެ. އެހެންކަމުން ދެއްކުންތެރިކަން އޭނާއަށް މުސީބާތަކަށްވެ ނިމެއެވެ. އަދި އޭނާ ބޭނުންވިގޮތާއި ދިމާ އިދިކޮޅަށް އެނބުރެއެވެ. ވީމާ ދުނިޔެއާއި އާޚިރަތްވެސް ނާކާމިޔާބުވެއެވެ.
ދަންނައެ، އިޚްލާޞްތެރިކަމީ ﷲ އަށްޓަކައި އެކަނި ޢަމަލުތައް ކުޅައުމެވެ. ދުނިޔެއާއި އާޚިރަތުގެ ޢިއްޒަތާއި ދަރަޖަ އުފުއްލެވުންވާ މަގަކީ އެއީއެވެ. އަދި މި އިޚްލާޞް، މިއީ (ހަވާ) ނަފުސުގެ މައްޗަށް އޮތް އެންމެ ބުރަ ކަންތަކެވެ. އެހެނީ މީގައި އެޔަށްވާ އެއްވެސް މިންވަރެއް ނުވެއެވެ.
މަޚްލޫޤުންގެ ހިތްތަކުގައި ޒީނަތްތެރިވުމާއި، އެވެރިންފުށުން ތަޢުރީފަށް އެދުމާއި އެވެރިން ކިޔާފާނެ އެއްޗަކަށް ހިތްބިރުގަތުން ފަދަ ނަފުސުގެ އުއްމީދުތައް އެމީހެއްގެ އަމަލުގައި މަސްހުނި ނުވެއްޖެމީހާ، ފަހެ އޭނާގެ ޢަމަލަކީ ﷲ އެއަށް ބަރަކާތްލައްވާ ޞާލިޙު ޢަމަލެކެވެ. އަދި އެއަކީ މަންްފާ ލިބިގެންވާ އެއްޗެއް ކަމުގައި ލައްވަވައެވެ. އަދި އެއިން އަޅުތަކުންނަށް ފައިދާ ކުރައްވަތެވެ. އަދި އޭގައި އެވެރިންނަށް ލައްޒަތާއި ބަރަކާތް ލައްވައެވެ. އަދި އޭގެ އަހުލުންނަށް ﷲ ޤަބޫލުވެވޮޑިގަތުން ލައްވައެވެ.
ދެއްކުންތެރިން އެހޯދުމަށް އެދޭ ކަންތައް، އެ ރިޔާއު ގެ ސަބަބުން ޙާޞިލެއް ނުވާނޭ ކަން ދަނެގަނެވޭނޭނަމަ، އޭގެ ސަބަބުން އެވެރިން ތައުބާއަށް އަވަސްވީހެވެ. (ޙަދީޘް) «وَمَنْ سَمَّعَ سَمَّعَ اللَّهُ بِهِ» (އަޑުއިއްވާ މީހާ ﷲ އަޑު އިއްވަވާނެތެވެ.) [އެބަހީ: މީސްތަކުންނަށް އަޑުއިއްވާން އަޅުކަން ކުރާ މީހާ، ﷲ އޭނާގެ މުނާފިޤުކަން ޤިޔާމަތްްދުވަހުން ބޭޒާރުކުރައްވައި އެންމެންނަށް އަޑުއިއްވަވާނެތެވެ.] އަދި ތައުބާ ވެއްޖެ މީހާ ﷲ ތަޢުބާ ލައްވަވާނެތެވެ. ﷲ تعالى ވަޙީ ކުރެއްވިޔޭ:
﴿تِلۡكَ ٱلدَّارُ ٱلۡأٓخِرَةُ نَجۡعَلُهَا لِلَّذِينَ لَا يُرِيدُونَ عُلُوًّا فِى ٱلۡأَرۡضِ وَلَا فَسَادًاۚ وَٱلۡعَٰقِبَةُ لِلۡمُتَّقِينَ ﴾ (އެއީ އާޚިރަތުގެ (ނިޢުމަތުގެ) ގޮވައްޗެވެ. އެ ގޮވަތި ތިމަންއިލާހު ލައްވާހުށީ ބިމުގައި ބޮޑާވެގަތުމެއް، އަދި ފަސާދަ ކުރުމެއްވިޔަސް ނޭދޭ މީހުންނަށެވެ. އަދި ހެޔޮނިމުންވަނީ ތަޤުވާ ވެރިންނަށެވެ.) ❝
— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން (ބަސްކޮޅު)
~ ގަލަންދާނު 🖋
ـــــــــــــــــــــ
[1] التصنع للخلق (މީސްތަކުންނަށް ކަންދެއްކުން) މީގައި މިވާ التصنُّع (ކަންދެއްކުން) ޢަރަބި ބަަހުގެ ރަދީފު (لسان العرب) ގައިވަނީ: “އެގޮތުގައި ނުވެމެ ހެޔޮލަފާ ކަމަށް ދެއްކުމެވެ. އަދި التصنع ، ކަންދެއްކުމީ: ހެޔޮ ޒާތެއް ދައްކައި އެކަން ފާޅުކޮށް، އޭގެން ޒީނަތްތެރިވެ، އެހެނަސް އެތެރެފުށް ހުތުރުކޮށް އޮތުމެވެ.“ | ދިވެހި ބަހުގެ ރަދީފުގައި ކަންދެއްކުން: އެތެރެފުށުގައި ނެތްކަމެއް ބޭރުފުށުން ފާޅުކުރުން.
A Benefit
كفى بالمرء كذبًا أن يحدث بكل ما سمع
“It is enough of a lie for a man to narrate everything he hears”
ސުވާލާއިޖަވާބު
ސުވާލާއިޖާވާބު
📚Shaykh Al-ʿAlwān was asked about swearing on the Musḥaf (printed Qurʾān), and he said that it is divided into three categories:
1- That the intention of the person taking the oath is to swear by the verses of Allah, this is permissible because they are among the attributes of Allah.
2- That the intention of the person taking the oath is to swear on paper. This is not permissible because he has sworn by something other than Allah.
3- That the intention of the person taking the oath is to take the oath while holding the Musḥaf (out of respect for the Qurʾān). Some of the salaf did this and there is nothing wrong with it.
— Sulaymān Al-ʿAlwān (text)
~ Galandān 🖋
The ḥadīth of ʿAbdullah bin Abī Awfā mention in the above chapter, was narrated by Al-Dāraquṭnī in Al-Afrād (4/185), Ibn Ḥazm (4/117), and Al-Bayhaqī (2/22), Abū Al-Qāsim in Ḥadīth Al-Qāsim ibn Al-Ashyab (8/2) as stated by Al-Albānī in Al-Ḍaʿīfah 4210, Al-Bazzār (8/298 No. 3371) and Baḥshal in “Tārīkh Wāsiṭ” (43) and Abū Yaʿlā (as in Al-Maṭālib Al-ʿĀliyah 3/847) and Al-Ṭabarani in Al-Kabīr (as mentioned in Jamiʿ Al-Masānīd 7/305 and Majmaʿ Al-Zawāʾid 2/5) and Ibn Adiy (2/233) and Samwayh in his Fawāʾid (as mentioned in Jamiʿ Al-Ṣaghīr 5/153 with Fayḍ Al-Qadīr) and Abū Al-Shaykh in “Kitāb Al-Adhān” (as mentioned in Kanz Al- ʿUmmāl 8/266)
This narrations was declared inauthentic by Aḥmad, Al-Bazzār, ibn Al-Mundhir, Ibn ʿAdiy and Al-Dhahabī agreed to him, and was declared weak by Al-Dāraquṭnī, and Ibn Ḥazm, who said: “It is a fabricated narration (makdhūb), and by consensus Al-Ḥajjāj is weak.” Al-Bayhaqī weakened it, so did ibn al-Ṣalāḥ , and Al-Nawawī , ibn Abdul Hādī and Al-Haythamī. See for details in references (link).
-②-
އެހެންކަމުން މިތާނގައި އޮތް ބަސްފުޅު ”ދެން ނަމާދު ކުރާށޭ“، އެބަހީ އިރުއެހުމަށްފަހު ނަމާދު ކުރާށޭ، އަދި ބަސްފުޅު ”އެހެނީ އެނަމާދަކީ ހެކިވެވި އެއަށް (މަލާއިކަތުން) ޙާޟިރުވެލައްވާ ނަމާދެކޭ“ : މިއިން ނަބިއްޔު ﷺ ބަޔާން ކުރެއްވީ، އިރު (އުދަރެހުން) އެރުމަށްފަހު ނަމާދު ކުރުން ޝަރުޢުވެގެންވާ ކަމެވެ.
ވީމާ، (އެވަޤުތުގައި) ނަމާދު ކުރުމުގެ އަސާސު މިވަނީ މި (ދަލީލުތަކުގައި) އެކުލުވިފައެވެ.
⬆️ދެންފަހެ، (ނަމާދު ޖަގަހައިގައި) އިށީނދެ ހުރުމާއި މެދު، ދަންނައެ، މިއީ ˺ޞަޙީޙު˹ މުސްލިމް ގައި، ޘާބިތުވެފައިވާ ކަމެކެވެ. އޭގައި އަރައިރުމެއް ނުވެއެވެ.
އަލްއިމާމު މުސްލިމް ގެ ”ޞަޙީޙު“ ގައި، ޖާބިރު ބުނު ސަމުރާ އަރިހުން ރިވާވެގެން ވެއެވެ: ވިދާޅުވިއޭ:
(ރަސޫލު ﷲ ﷺ ފަތިސް ނަމާދު ކުރައްވައި ނިންމަވައިގެން، އިރު ރަނގަޅަށް އެރުމާއި ހަމަޔަށް، ނަމާދު ޖަގަހައިގައި އިށީންނަވައިގެން އިންނަވައެވެ.)
އިމާމު މީހާ ރުކޫޢުގައި ވަނިކޮށް ޖަމާޢަތުގެ ނަމާދަށް އާދޭވިއްޖެ މީހާ ކަންތައް ކުރަންވީ ގޮތް (HD ފޮޓޯ) ~ ގަލަންދާނު
Читать полностью…_②_
4⃣ހަތަރުވަނަ މަޛުހަބަކީ: މުސްލިމުންގެ ތެރެއިން އެމީހަކަށް ކަށުނަމާދު ކުރެވިފައި ނުވާ މީހަކަށް މެނުވީ ޣައިބަށް ކަށުނަމާދު ނުކުރެވުމެވެ. މިޘާލަކަށް ކަނޑަށް ޣަރަޤުވެ އޭނާގެ ހަށިގަނޑު ނުހޯދިފައިވާ މީހެކެވެ. ނުވަތަ އެއްކޮށް އަނދައި އޭނާގެ ނިޝާނެއް ފެނިފައިނުވާ މީހެއް ފަދައެވެ. ނުވަތަ އެމީހެއްގެ ހަށިގަނޑު ހަވާލުކުޅައުމަށް ކާފަރުން ދެކޮޅުހަދާފައިވާ އެވެރިންގެ އަތްދަށު ނިޔާވެފައިވާ މުސްލިމު އަސީރެއް ފަދައެވެ. އަދި މިފަދަ ޙާލަތްތަކެވެ.
ވީމާ، މިބައިމީހުންގެ މައްޗަށް ⌝ޣައިބަށް⌜ ނަމާދު ކުރެވެވެ. އެހެނީ އެވެރިން މައްޗަށް ނަމާދު ކުރެވިފައި ނުވާތީއެވެ. އަދި މައްޔިތެއް މައްޗަށް ކަށުނަމާދު ކުޅައުމީ ފަރުޟު ކިފާޔަތެއް ކަމުންނެވެ. އަދި މިނޫން ބަޔެއްގެ މައްޗަށް ⌝ޣައިބަށް⌜ ނަމާދު ކުރުމެއް ނުވެއޭ އެވެ.
✅އަދި މިއީ ⌝މިމައްސަލާގައި ހިމެނޭ⌜ މަޛުހަބުތަކުގެ ތެރެއިން އެންމެ ޞައްޙަކަން ބޮޑު އަދި ⌝ދަލީލުގެ ގޮތުން⌜ ވަރުގަދަ ރައުޔެވެ. އަދި ދެޞަޙީޙުގަޢިވާ އައްނަޖާޝީ އާއިމެދުގައި އޮތް އަބޫ ހުރައިރާގެ ޙަދީޘު ނެގެވުން ވަނީ މިމާނައިގެ މައްޗަށެވެ. އެހެނީ ބޮޑަށް ގާތީ އެކަލޭގެފާނުގެ މައްޗަށް ކަށުނަމާދު ކުރެވިފައި ނުވުމާއިއެވެ.
ބުނެވިއްޖެނަމަ: އެތަނުގައި މުސްލިމުން ތިއްބޭ،
އޭގެ ޖަވާބަކީ: އާއެކެވެ. އެތާނގައި މުސްލިމުން ތިއްބެވެ. އެހެނީ ދައުލަތެއްގެ ވެރިޔަކީ މުސްލިމެއް ކަމުގައި ވެފައި، އޭނާ އާއި އެކު މުސްލިމެއް ނެތުމަކީ ނާދިރުކަމެކެވެ. އެހެނަސް ފަހަރެއްގައި މައްޔިތާއަށް ނަމާދު ކުރުމުގެ ފިޤުހު އެއުރެންނަށް ނުއެނގި އޮވެދާނެއެވެ.
އަދި މިއީ މި ނުކުތާއަށް އޮތް އެންމެ ރަނގަޅު ޖަވާބެވެ.
މިއީ މިމައްސަލާގައިވާ ޤަޥްލުތަކުގެ ތެރެއިން އެންމެ ޞައްޙަ ޤަޥްލު ކަމުގައި އަހަރެމެން ބުނެފައި މިވަނީ: ނަބިއްޔު ﷺ އައްނަޖާޝީ ނޫން ބޭކަލަކަށް ⌝ޣައިބަށް⌜ ނަމާދު ކުރައްވާފައި ނުވާތީއެވެ. އަދި އަޞްޙާބު ބޭކަލުން ކުރެ އެތައް ބޭކަލެއް ⌝ދުރުގައި⌜ އަވަހާރަވެފައިވެއެވެ. އެހެނަސް އެއިން ބޭކަލެއްގެ މައްޗަށް ނަބިއްޔު ﷺ ޣައިބަށް ކަށުނަމާދު ކުރައްވާފައި ނުވެއެވެ. އަދި سيد الأولين والآخرين އަހަރެމެންގެ ނަބިއްޔު، މުޙައްމަދު ﷺ އަވަހާރަވިއެވެ. އަދި މުސްލިމުންގެ ތެރެއިން އެއްވެސް ބޭކަލެއް އެކަލޭގެފާނަށް ޣައިބަށް ކަށުނަމާދު ކުރައްވާފައި ނުވެއެވެ. އަދި އައްނަޖާޝީއަށް އިތުރުއެކަލޭގެފާނު ﷺ ކުރެއްވި ނަމާދުފުޅުން އެއީ ކޮންމެ މައްޔިތެއްގެ މައްޗަށްވެސް އޮތް އެއްޗެއް ކަމުގައި، ނުވަތަ ހާޒިރުވެ ތިބީން ނަމާދުކޮށްފައިވާ މީހެއްގެ މައްޗަށް ނަމާދުކުރުން ޝަރުޢުވެގެން ވާކަމުގެ މައްޗަށް، އަޞްޙާބު ބޭކަލުންނަށް ފަހުމްވެ ވަޑައިގެންނެވީހީ ނަމަ، އެބޭކަލުންވެސް އެނަމާދު ކުޅައުމަށް އަވަސްވެ ވަޑައިގަތީހެވެ. އެހެނީ އެބޭކަލުންނީ ހެޔޮކަންކަމަށް އެންމެ ހުށިޔާރުވެލެއްވި ބޭކަލުންނެވެ.
އަދި އަލްޚުލަފާއުއްރާޝިދީންގެ ހަތަރު ބޭކަލުން އަވާހާރަވިއެވެ. އެއިން އެއްވެސް ބޭކަލެއްގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރެވިފައި ނުވެއެވެ. އަދި އަމީރުލް މުއުމިނީން މުޢާވިޔަތުގެފާނު އަވަހާރަވިއެވެ. އަދި އެކަލޭގެފާނުގެ މައްޗަށް ޣައިބަށް ކަށުނަމާދު ނުކުރެވެއެވެ. އަދި އަމީރުލް މުއުމިނީން ޢުމަރު ބުނު ޢަބްދުލް ޢަޒީޒު އަވަހާރަވިއެވެ. އަދި އެއްވެސް ބޭކަލަކު އެކަލޭގެފާނަށް ޣައިބަށް ކަށުނަމާދެއް ނުކުރައްވައެވެ. ވީމާ ⌝މުސްލިމުންގެ⌜ ފުރަތަމަ ޤަރުނުގައިވެސް އަދި ދެވަނަ ޤަރުނުގައިވެސް، ޣައިބަށް ކަށުނަމާދު ކުރުމުގެ ކަންތަކަކީ އެނގޭންނެތް އެއްޗެއް ކަމުގެ މައްޗަށް މިއިން ދަލީލުކުރެއެވެ. އަދި މިބޭބޭފުޅުންނީ މިމައްސަލަތަކުގައި ތަބަޢަވުން މިޘާލެއްގޮތުގައިވާ ބޭފުޅުންނެވެ. އަދި ޢަމަލީ ގޮތުން ކަންތައް ކުރެވޭ ގޮތީ ދަލީލު ޘާބިތު ކުޅައުމުގައި އެންމެ ވަރުގަދަ ގޮތްތަކުގެ ތެރެއިން ގޮތެކެވެ. އެއީ ޢަޞްޙާބު ބޭކަލުންގެ އަރިހު ކަންހިނގާފައި އޮތް ގޮތަށް ބެލުމެވެ. އެބޭކަލުން އެކަންކަން ކުރެއްވިތޯ ނުވަތަ ނޫންތޯއެވެ؟
އެހެންކަމުން އެބޭކަލުން އެކަންތައް ނުކުރައްވާނަމަ، ނައްޞު ފަހުމް ކުރުން ވަނީ އެބޭކަލުން އެކަން ނުކުރެއްވުމުގެ މައްޗަށެވެ. އެބޭކަލުން އެކަންތައް ކުރެއްވިނަމަ، ނައްޞު ފަހުމް ކުރުން ވަނީ އެބޭކަލުން އެކަން ކުރެއްވިކަމުގެ މައްޗަށެވެ. އަޞްޙާބުބޭކަލުން رَضِيَ ٱللَّٰهُ عَنْهُم އެމީހެއްގެ ނިޝާނެއް ނުހޯދިއްޖެ މީހަކަށް މެނުވީ صلاة الغُيَّب އަދައުކުރައްވާފައެއް ނުވެެވެ. އަދި ⌝މިޒަމާނުގައި މިކުރެވޭހެން⌜ މިކަންތައް ކުޅައުމަކީ އެބޭކަލުންގެ ޒަމާނުގައި ފެންނާންނެތް އެއްޗެކެވެ. އޮގޮތުން އަހަރެމެން ބުނަމެވެ: އެބޭކަލުން އެކަން އެގޮތަށް ކުޅައުމުން މަނައުވެލެއްވީ ކީއްވެބާއެވެ؟
އެހެނަސް މީހަކު މަރުވެ އޭނާ މައްޗަށް މުސްލިމުން ކަށުނަމާދު ކޮށްފިނަމަ، އެމީހެއްގެ މައްޗަށް ކަށުނަމާދު އެބޭކަލުން ނުކުރައްވައެވެ.
ވީމާ މިއީ ޤަވްލުތަކުގެ ތެރެއިން އެންމެ ރާޖިޙު އަދި އެންމެ ވަރުގަދަ އަދި އެންމެ ޞައްޙަކަން ބޮޑު ޤަޥްލެވެ.
— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން (ثبته الله)
~ ގަލަންދާނު 🖋
⚠️Ruling on Collecting Donations from Friends (or Family) of the Deceased for a Charitable Project
Question: May Allah bless you. The questioner states: A colleague at work died suddenly while he was healthy. Is it in accordance with the Sunnah to collect money (as a charity) for him and invest it in building a mosque or digging a well in his name?
Answer
“No, no. You should make duʿā for him. Whoever wants to do him a favor by offering him charity should do so privately. However, do not invite people to do this. Do not say to them, "O people, come and let’s donate to him." If you have a desire to do him a favor, just donate without inviting others.”
— Shaykh ʿAbdur-Raḥmān Al-Barrāk (source)
~ Galandān 🖋
-----------------------
[Notes] Likewise, Shaykh Al-ʿUthaymīn was asked about collecting funds for such a project, and he replied: “...As for this method that you mentioned, that funds are collected for the deceased and put into a property that is considered charity, I do not see this as appropriate; I do not see this as appropriate [in terms of Sunnah]. Verily, amongst the Companions, may Allah be pleased with them, there were great men who died and upon whom the Ummah had a right, including the caliphs and others, and they did not collect donations for them in order to give charity on their behalf...” (Source) As for Al-Fawzān he said that this matter is “a bidʿah.” (Source). And ʿAzīz bin Farḥān Al-ʿAnzī replied similarly, saying “This, in reality, was not what the Salaf were upon. The Prophet (peace and blessings be upon him) was not upon this. This did not come about except in recent times, with the start of social media platforms.” (Eng/Source)
ޝެއިޚުލް އިސްލާމް، އިބްނު ތައިމިއްޔާ ވިދާޅުވިއެވެ:
❞ ޞާލިޙު އަންބެތް އޭނާގެ ފިރިމީހާ —ޞާލިޙު ފިރިހެނާ އާއި އެކު — ޞާޙިބުވެ އެތަކެއް އަހަރު ހުރެއެވެ. އެއަކާއި މެދު ރަސޫލު ﷲ ”ހިތްހަމަޖެހުމޭ“ ޙަދީޘު ކުރެއްވި ހިތްހަމަޖެހުމަކީ މިކަނބުލޭގެއެވެ.
ޙަދީޘު ކުރެއްވީ: ( الدنيا متاع ، وخير متاعها المرأة المؤمنة ، إن نظرت إليها أعجبتك ، وإن أمرتها أطاعتك ، وإن غبت عنها حفظتك في نفسها ومالك ) ((ދުނިޔެއަކީ (ވަޤުތީ) ހިތްހަމަޖެހުމެކެވެ. އަދި އޭގައިވާ އެންމެ ހެޔޮ ހިތްހަމަޖެހުމަކީ މުއުމިނު އަންބެވެ. އެކަނބުލޭގެއަށް ތިބާ ނަޒަރު ހިންގައިފިތަ؟ އެކަނބުލޭގެ ތިބާ ޢަޖާއިބުކުރުވައެވެ. ތިބާ އަމުރެއްކޮށްފިތަ؟ ކިޔަމަންގަނެތެވެ. އެކަނބުލޭގެއަށް ނުފެންނަ ތަނަކު ވެއްޖެނަމަ، ނަފުސުގައި ތިބާ (އެބަހީ: ތިބާގެ ޙުރުމަތް) ރައްކައުތެރިކޮށް ތިބާގެ މުދަލަށް ސަމާލުވެއެވެ.))
މުޙާޖިރިއްޔަ ބޭކަލުން އަތްގާތްކުރާނޭ މުދަލަކާއިމެދު ސުވާލުދެންނެވުމުން ނަބިއްޔާ އެއަކަށް އަމުރުކުރެއްވި އަމުރަކީވެސް އެކަނބުލޭގެއެވެ.
ޙަދީޘް ކުރެއްވިއެވެ: ( لساناً ذاكراً ، وقلباً شاكراً ، أو امرأة صالحةً تعين أحدكم على إيمانه ) ((ޛިކުރު ކުރާނޭ ދުލަކާއި، ޝުކުރު ކުރާނޭ ހިތެކެވެ. ނުވަތަ ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ އީމާންކަމަށް އެހީތެރިވެދޭނެ ޞާާލިޙު އަންބެކެވެ.)) ރިވާކުރެއްވީ ސާލިމު ބުނު އަބުއް ޖަޢުދުގެ ޙަދީޘް ތަކުން ޘަޥްބާންގެފާނުގެ އަރިހުން އައްތިރުމިޛީ އެވެ.
އަދި ﷲ تعالى އެއިލާހުގެ މަތިވެރި ފޮތުގައި ލެއްވި ރަޙުމާއި ލޯބި، އެކަނބުލޭގެފުށުން ލިބިލިބިހުރެއެވެ. އެހެންކަމުން، ބައެއްފަހަރަށް ފިރިމީހާ އާއި ވަކިވުމީ، މަރުވުމަށްވުރެ ވެސް އެކަނބުލޭގެއަށް ރިހުން ބޮޑު ކަމެކެވެ. މުދައުތައްގެއްލި (މަގުމަތިވެ) އާއިލާއާއި ވަކިވުމަށްވުރެންވެސް ވޭންދެނިވިއެވެ. ވަކިން ޚާއްޞަކޮށް އެއިން އެކަކުގެ ފުށުން އަނެކަކަށް ފުން ގުޅުމެއް އޮވެއްޖެ ހިނދުގައެވެ. އަދި އެވަކިވުމުގެ ސަބަބުން އެކުދިންގެ ޙާލަތަށް އަސަރުކޮށްގެންދާނޭ ދަރިންތަކެއް އެދެމެދުގައި ވެއްޖެ ހިނދުގައެވެ.❝
" مجموع الفتاوى " ( 35 / 299 )
~ ގަލަންދާނު 🖋
🖋
الله أكبر الله أكبر
لا إله إلا الله
الله أكبر الله أكبر
ولله الحمد
ليس العيد لمن لبس الجديد
ولكن العيد لمن حقق التوحيد
واستعد ليوم الوعيد
تقبل الله طاعتكم
وكل عام وأنتم بخير
نسأل الله تعالى أن يعيده علينا وعليكم وعلى أمة الإسلام بالعز والنصر والتمكين والتوفيق لنا ولكم إلى مايحب ربنا ويرضى وأن يجعل هذا العيد بشير خير ونصر وبركةعلى الأمةالإسلامية وأن يفرج عن إخواننا في عزة ويفك قيد أسرانا في كل مكان
اللَّهُ أَكْبَرُ ، اللَّهُ أَكْبَرُ ، لَا إلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ ، اللَّهُ أَكْبَرُ، وَلِلَّهِ الحَمْدُ
اللهُمَ أنْصُرْ الاسْلَمُ وَالْمُسْلِمِينَ
اللهُمَّ أَعِزَّ الإِسْلامَ وَالمُسْلِمِينَ،
اللهُمَّ أَعِزَّ الإِسْلامَ وَالمُسْلِمِينَ، وَأَذِلَّ الشِّرْكَ وَالمُشْرِكِينَ وَدَمِّرْ أَعْدآءَ الدِّينِ وَاحْمِ حَوْزَةَ الإسْلامِ يَا رَبَّ العَالَمِينَ
اللهُمَّ انْصُرْ دِينَكَ وَكِتَابَكَ وَسُنَّةَ نَبِيِّكَ وَعِبادَكَ المُوَحِّدينَ
اللهُمَّ فُكَّ قَيْدَ أَسْرَانَا وَأَسْرىَ المُسْلِمِينَ، اللهُمَّ فُكَّ قَيْدَ أَسْرَانَا وَأَسْرَى المُسْلِمِينَ، اللهُمَّ فُكَّ قَيْدَ أَسْرَانَا وَأَسْرَى المُسْلِمِِِينَ، وَرُدَّهُمْ إِلُى أَهْلِهِمْ سَالِمِين
❓ ރޯދަޔަށް ނިޔަތް ގަތުމަކީ ކޮބާ؟
❞...ނިޔަތް ޤަތުމުގެ ކަންތަކީ ވަރަށް ލުއި ކަމެކެވެ. އެހެންކަމުން އެކަމަކަށް ބޮޑު މަސައްކަތެއް ބޭނުންވެގެން ނުވެއެވެ. އޭގެ އަނެއްދުވަހު ރޯދަޔަށް ހުރުމަށް ރޭގަނޑުގެ ބައިތަކުން ކޮންމެ ބަޔެއްގައިވިޔަސް ޢަޒުމު ކަނޑައަޅައިފިނަމަ، ނިޔަތް ޤަތުމުގެ ވާޖިބު އެއިން ފުދުނީއެވެ.
އެއީ ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ، الاختيارات ގައި ވިދާޅުވި ފަދައިންނެވެ:
”މާދަމާ ރޯދައަށް ހުންނާނަމޭ އެމީހެއްގެ ހިތަށް އަރުވައިލައިފި މީހެއް، އެހެރީ ނިޔަތް ގަނެފައެވެ.“ اهــ.
📢 މާދަމާ އަކީ ޢަރަފާތް ދުވަހެވެ. އެދުވަހުގެ ރޯދަޔަށް ހަނދުމަ ކޮށްދެމެވެ!
ސުވާލާއިޖަވާބު
ސުވާލާއިޖަވާބު
ސުވާލާއިޖަވާބު
ސުވާލާއިޖާވާބު
ސުވާލާއިޖަވާބު
❓ Do The Followers In Congregational Prayer Stand To Form The Rows At The Beginning Of The Iqāmah Or At The End Of It?
Al-Bayhaqī narrated in Al-Sunan, on the authority of Al-Ḥajjāj bin Farrūkh Al-Wāsiṭi, on the authority of Al- ʿAwwām bin Ḥawshab, on the authority of ʿAbdullah bin Abī Awfā - may Allah be pleased with him - who said:
"كان بلال إذا قال: قد قامت الصلاة نهض النبي - صلى الله عليه وسلم - وكبّر"
“When Bilal said: ‘Qad qāmat al-Ṣalāh,’ the Prophet - (peace and blessings be upon him) - would stand up and pronounce Takbīr.”
📌ފަތިސްނަމާދަށްް ފަހު ނަމާދުޖަގަހައިގައި އިރުއަރަންދެން ހުރުމުގެ އަޖުރާއިމެދު ވާރިދުވެފައިވާ ރިވާޔަތް ތަކުގެ ޚުލާޞާ
سماحة الشيخ العلامة سليمان العلوان
«من جلس في مُصلَّاه حتَّى تطلع الشَّمس ثم صلَّى ركعتين كان له كأجر حِجَّة وعُمرة تامَّة تامَّة تامَّة» (އައްތިރުމިޛީ 586)
(އިރުއެރުމާއި ހަމަޔަށް ނަމާދު ޖަގަހައިގައި އިށީނދެ ހުރެ، ދެން ދެރަކުޢަތް ނަމާދެއް ކޮށްފި މީހާ ދަންނައެ، އޭނާއަށް ޙައްޖަކާއި ޢުމްމާއެއްގެ ޘަވާބު ވެއެވެ. ފުރިހަމަޔަށެވެ. ފުރިހަމަޔަށެވެ. ފުރިހަމަޔަށެވެ.)
«عَنِ اللَّهِ، عَزَّ وَجَلَّ أَنَّهُ قَالَ ابْنَ آدَمَ ارْكَعْ لِي مِنْ أَوَّلِ النَّهَارِ أَرْبَعَ رَكَعَاتٍ أَكْفِكَ آخِرَهُ»
”ﷲ عَزَّ وَجَلَّ ވަޙީ ކުރެއްވިޔޭ: އާދަމުގެ ދަރިޔާއެވެ! ދުވާލުގެ ފުރަތަމަ ކޮޅުގައި ތިމަން އިލާހަށް ކަލޭ ހަތަރު ރަކުޢަތް އަދާކުރާށެވެ. ދުވާލުގެ ފަހުކޮޅާއި ހަމަޔަށް އެއިން ތިބާއަށް ތިމަން އިލާހު ފުއްދަވައި ދެއްވާހުށީމެވެ.“
«...صَلِّ صَلاَةَ الصُّبْحِ ثُمَّ أَقْصِرْ عَنِ الصَّلاَةِ حَتَّى تَطْلُعَ الشَّمْسُ حَتَّى تَرْتَفِعَ... ثُمَّ صَلِّ فَإِنَّ الصَّلاَةَ مَشْهُودَةٌ مَحْضُورَةٌ»= Читать полностью…
(ފަތިސް ނަމާދު ކޮށް އަވަދިވެގެން، ދެން ނަމާދު ކުރުމުން މަޑުޖަހާށެވެ. އެއީ އިރުއަރައި (އުދެރެހުން) އެއްކޮށް އެރުމާއި ހަމައަށެވެ... . ދެން ނަމާދު ކުރާށެވެ. އެހެނީ އެނަމާދަކީ ހެކިވެވި އެއަށް (މަލާއިކަތުން) ޙާޟިރުވެލައްވާ ނަމާދެކެވެ.)
އިމާމު މީހާ ރުކޫޢުގައި ވަނިކޮށް ޖަމާޢަތުގެ ނަމާދަށް އާދޭވިއްޖެ މީހާ ކަންތައް ކުރަންވީ ގޮތް (HD ފޮޓޯ) ~ ގަލަންދާނު
Читать полностью…