qalandhar | Unsorted

Telegram-канал qalandhar - Galandān ގަލަންދާނު

2463

ޢިލްމު އަދި އެއަށް ލޯބިކުރާ ދަރިވަރުންނަށް Notes by, ibn Fahmī Dīdī عفا الله عنه Friends & family 🤖 Contact: @galandan_bot 🌐 English: @galandaan

Subscribe to a channel

Galandān ގަލަންދާނު

⚙️The Authentic Modes of Reciting the Tasbīḥ after Obligatory Prayers.

Question: Are the ḥadīths that mention reciting Al-Tashahhud ten times (i.e. reciting the testimony of faith, ten times) after the Salām (i.e. ending) of prayer, authentic?

Answer: The ḥadīths that mention reciting the Tashahhud ten times is to recite: "Subḥān-Allah" thirty-three times, "Al-Ḥamdulillah" thirty-three times, "Wa-Allahu-Akbar" thirty-three times, and to complete a hundred, by reciting: "Lā ʾilāha ʾillallāh waḥdahu lā sharīka lahu, lahul-mulku wa lahul-ḥamd wa huwa ʿalā kulli shayʾin qadīr." and then say: "Lā ilāha illā-Allah" ten times. This narration is ḍaʿīf (weak). The authentic aḥadīth from the Prophet (peace and blessings be upon him) regarding the supplications recited after each prayer are as follows:

1⃣The first method: Say "Subḥān-Allah" thirty-three times, "Wal-Ḥamdulillah" thirty-three times, and "Wal-Allahu-Akbar" thirty-four times.

2⃣The second method: Say "Subḥān-Allah" thirty-three times, "Wal-Ḥamdulillah" thirty-three times, and "Wal-Allahu-Akbar" thirty-three times. And Instead of saying "Allahu Akbar" for the thirty-fourth time you say "La ilaha illa Allah waḥdahu..." once, so each one is thirty-three, and to complete the hundred, you recite "Lā ʾilāha ʾillallāh waḥdahu lā sharīka lahu, lahul-mulku wa lahul-ḥamd wa huwa ʿalā kulli shayʾin qadīr." This is the method that is popular today.

3⃣The third method: Say each one thirty-three times, without completing the hundred.

4⃣The fourth method: To say ten of each.

5⃣The fifth method: To say: "Subḥān-Allah" twenty-five times, "Wal-Ḥamdulillah" twenty-five times, "Wal-Allahu-Akbar" twenty-five times, and "La ilaha illa Allah" twenty-five times.

6⃣The sixth method: It is what was previously mentioned (in the beginning) as ḍaʿīf (weak.)

7⃣The seventh method: This is disputed in defining, as this method refers to the method we mentioned earlier (No. 2 and 3). We have preferred one of its definitions over the other. What we concluded (as more correct) is, reciting: "Subḥān-Allah," "Al-Ḥamdulillah," and "Wal-Allahu-Akbar," each one thirty-three times.

Whereas thare are some who say: "You recite a total sum of thirty-three from of all" which would mean reading each of the three, eleven times only. However, this narration is incorrect. The correct version is what I mentioned, which is thirty-three times from each one, making a total of ninety-nine.

These method (other than what was mentioned as weak) are authentically attributed to the Prophet (peace and blessings be upon him).

— Al-Shaykh Al-Muḥaddith Sulaymān Al-ʿAlwān (audio)
~ Galandān 🖋


-------------
⬆️ Note: We had previously presented the aforementioned authentic modes in the form of a chart. (see: Tasbīḥāt after Prayers , also see: Adhkār After Prayers )

Читать полностью…

Galandān ގަލަންދާނު

⚠️The Religion Being Supported By A Person Is Not Proof For Him Being Upon Haqq

On the authority of Abū Bakrah, who said, that the Prophet ﷺ said:

«إِنَّ اللَّهَ تَبَارَكَ وَتَعَالَى سَيُؤَيِّدُ هَذَا الدِّينَ بِأَقْوَامٍ لَا خَلَاقَ لَهُمْ»

"Verily Allah — glorified and exalted be He — will support this Religion, with people who have no share." ⁽¹⁾


⬆️Details

The basis of this ḥadīth has been proven in the two Ṣaḥīḥs with the wording:

«إِنَّ اللَّهَ لَيُؤَيِّدُ هَذَا الدِّينَ بِالرَّجُلِ الْفَاجِرِ»
“Verily Allah helps this Religion even by a sinful person [fājir].” ⁽²⁾

⬆️The word “Yuʾayyid” means to give support or victory.

⬆️The word “fājir” includes both the one who is an unbeliever [kāfir] and the one who is immoral.

It is not contradicted by the saying of the Prophet, ﷺ:

«إِنَّا لاَ نَسْتَعِينُ بِمُشْرِكٍ»
“We do not want any help from a polytheist” ⁽³⁾ —because this was attributed to the one who was showing kufr, or this was abrogated by what was proven about seeking help from Ṣafwān ibn ʾUmayyah in [the battle of] Ḥunayn⁽⁴⁾, as Ibn Ḥajar said in Al-Fatḥ, and Al-Manāwī followed him in this view in Al-Fayḍ.

The reason for the statement clarifies its meaning, as it was mentioned in the story of the man who fought [in battle], and the Prophet ﷺ, said: “He is one of the people of Hellfire”, and it later became clear that he killed himself [not to endure his wounds.] —See, Fatwa no. 209151 (islamweb)


⬆️The word “have no share” means having no share or fortune in the religion. So it means while they perform these actions, they are like disbelievers or sinners [who are not rewarded for the actions due to a corruption it consists.] It is like the other ḥadīth mentioned under this chapter,
إن اللَّه يؤيد الدين بالرجل الفاجر
“Verily Allah aids this religion, even with a Fājir” and
إن اللَّه يؤيد الدين برجال ما هم من أهله
“Verily Allah aids this religion, even by men who are not its people.”
This meaning was also explicitly mention in another narration...
"ليؤيدن اللَّه هذا الدين بقوم لا خلاق لهم في الآخرة"
“Allah will support this religion even with people who will have no portion in the Hereafter
See: “Al-Mudāwī” of Al-Munāwī (p. 1108)


📝I say: This meaning of the ḥadīth is understood by Sharʿī principles, historical occurrences and logical deductions.

Shaykhul Islām Ibn Taymiyyah said:

“Just as a fājir (i.e., an evil-doer) may perform Jihād against the Kuffār and the Muslims benefit from this Jihād of his, a fājir may argue with Kuffār and the Muslims benefit from his arguments as well.” —Darʾ Taʿāruḍ al-ʿAql wal-Naql (8/891)


Benefit:
ʿĀṣim al-Barqāwī [Al-Maqdisī] said: “We know that Allah may support the religion through an immoral man (fājir), or even an kāfir; whether with his tongue, money, or bayonet; but as long as he clings to his disbelief; his support for the religion does not remove the description of kufr from him; nor does this support transform him into Islam; nor does his fighting for his own benefit turns it into jihād; nor does his death turn into martyrdom! Many of the Ṭawāghīt (tyrants) of our time; and groups of innovators have interests and intertwined benefits in supporting some of the causes of the Muslims; And it is obvious that these actions do not transform the Ṭāghūt into Ṭālūt!”


~ Galandān 🖋

-----------------------------
[1] Aḥmad in his Musnad (5/45 no. 19941) Shaykh Al-Muḥaddith Abū Muḥammad Al-Alfī cited its takhrīj [here] and Muqbil bin Al-Wādiʿī in his work “Al-Jāmiʿ Al-Ṣaḥīḥ Mimmā Laysa Fī Al-Ṣaḥīḥayn” (3/231) #1984 stated: “This ḥadīth is Ṣaḥīḥ”.
[2] Narrated by Aḥmad (2/309) 8076 and Al-Bukhārī (2897) and Muslim (111) from Abū Hurayrah.
[3] Narrated by Abū Dāwūd (2732)
[4] Narrated by Mālik in Muwattaʿ (1139)

Читать полностью…

Galandān ގަލަންދާނު

📖 އާޔަތެއްގެ ހިޔަލުގައި (1)

▶️وَمِنۡهُم مَّن يَقُولُ رَبَّنَآ ءَاتِنَا فِي ٱلدُّنۡيَا حَسَنَةٗ وَفِي ٱلۡأٓخِرَةِ حَسَنَةٗ وَقِنَا عَذَابَ ٱلنَّارِ ◀️

އަދި "އަޅަމެންގެ ވެރިރަސްކަލާކޯއެވެ! ދުނިޔޭގައި ހެޔޮކަން އަދި آخرة ގައިވެސް ހެޔޮކަން އަޅަމެންނަށް ދެއްވާނދޭވެއެވެ. އަދި ނަރަކައިގެ عذاب ން އަޅަމެން ދިންނަވާނދޭވެ" އޭ ކިޔައި، دعاء ކުރާ މީހުންވެސް އެއުރެންގެ ތެރެއިންވެއެވެ.

⬆️(حَسَنَةِ الدُّنْيا) ދުނިޔޭގެ ހެޔޮ އާއިމެދު 7 ޤަޥްލެއް ވެއެވެ:

⬆️އެއިން އެކައްޗަކީ، ޞާލިޙު އަންބެތް ކަމެވެ.
ނަންގެންނެވީ ޢަލީގެފާނެވެ.
⬆️ދެވަނައީ، އެއީ އަޅުކަންތައް ކަމެވެ.
މިހެން ރިވާކުރެއްވީ ސުފްޔާން ބުނު ޙުސައިނު، އަލްޙަސަން ⌝އަލްބަޞްރީ⌜ ގެ އަރިހުންނެވެ.
⬆️ތިންވަނައީ، އެއީ ޢިލްމާއި އަޅުކަން ކަމެވެ.
މިހެން ރިވާކުރެއްވީ ހުޝާމު، އަލްޙަސަންގެ އަރިހުންނެވެ.
⬆️ހަތަރުވަނައީ، އެއީ މުދައު ކަމުގައެވެ.
މިހެން ނަންގެންނެވީ އަބޫ ވާއިލު އާއި އައްސުއްދީ އާއި އިބްނު ޒައިދެވެ.
⬆️ފަސްވަނައީ، އަލްޢާފިޔަތު ކަމުަގައެވެ. (އެބަހީ: ދީނާއި ދުނިޔޭގެ އެންމެހާ ކަމެއްގެ ދުޅަހެޔޮކަމެވެ.)
މިހެން ނަންގެންނެވީ ޤަތާދާއެވެ.
⬆️ހަވަނައީ، ތަނަވަސްވެގެންވާ ރިޒްޤު ކަމުގައެވެ.
މިހެން ނަންގެންނެވީ މުޤާތިލް އެވެ.
⬆️ހަތްވަނައީ، ނިޢްމަތް ކަމުގައެވެ.
މިހެން ނަންގެންނެވީ އިބްނު ޤުތައިބާ އެވެ.

⬆️(حَسَنَةِ الآَخِرَةِ) އާޚިރަތުގެ ހެވާއިމެދު، ތިން ޤަޥްލެއް ވެއެވެ.

⬆️އެއިން އެކައްޗަކީ، އެއީ އަލްޙޫރުލް ޢީނުން ކަމެވެ.
މިހެން ނަންގެންނެވީ ، ޢަލީ رَضِيَ اللَّهُ عَنْهُ އެވެ.
⬆️ދެވަނައީ، ޖަންނަތް ކަމެވެ.
މިހެން ނަންގެންނެވީ އަލްޙަސަން އާއި އައްސުއްދީ އާއި މުޤާތިލް އެވެ.
⬆️ތިންވަނައީ، العَفْوُ والمُعافاةُ ކަމެވެ. (އެބަހީ: ކުށްފާފަތައް ފުއްސެވުމާއި، މީސްތަކުންގެ ޙައްޤުތަކުން މިންޖުކުރެއްވުމެވެ.)
މިހެން ރިވާވެފައިވަނީ އަލްޙަސަން އަދި އައްޘަޥްރީ ގެ އަރިހުންނެވެ.


تفسير ابن الجوزي
~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

🎁 އެކަށީގެންވާ ދީނީ ތަޢުލީމެއް ދަރިންނަށް ހޯދައި ދިނުމުގެ އަޖުރު

❞ މީސްތަކުންގެ ތެރެއިން ގިނަބައެއް ސަމާލުކަން ބަހައްޓަނީ އާމްދަނީހޯދުމުގެ މިސްރާބަށެވެ. އަދި މާއްދީ ތަޢްލީމު ހޯދުމަށް އެކަންޏެވެ. އެގޮތުން އޭގެ ތެރެއިން ބަޔެއް މީހުން އެވެރިންގެ ދަރިންނަށް ބިދޭސީ ބަހެއް ކިޔަވައިދޭން ފަރުވާތެރިވެ ކުޑައިރުއްސުރެ އެ އުނގަންނައިދޭން އުޅޭތަންވެސް ފެނިދާނެއެވެ. އެހެނަސް ދަރީންނަށް ދީނާއި ޢަރަބި ބަސް ދަސްކޮށްދިނުމުން އެއްކިބާވެއެވެ. އަދި މިއީ ޝަރުޢީ ގޮތުން އެކަމަކާއި ދެކޮޅު އަދި ބުއްދީގެ ގޮތުންގެ ވެސް (މުސްލިމެއް ފުށުން) ބަލައި ނުގަނެވޭ ކަމެކެވެ.

ދެޞަޙީޙުގައި އަބޫ ނޫސާ އަލްއަޝްޢަރީ އަރިހުން ވާރިދުވެފައިވެއެވެ. ނަބިއްޔު ﷺ ޙަދީޘު ކުރެއްވިޔޭ: «ثلاثة يؤتون أجرهم مرتين» (ތިން މީހަކަށް ދެފަހަރަށް އަޖުރު ދެވޭނެތެވެ.) ދެން އޭގެތެރެއިން އެކަކަކަށް ދިކުރު ކުރެއްވިއެވެ: «رجُل كان عندهُ أمَةٌ فعلّمَها وأحْسَن تَعْلِيمها وأدَّبَهَا وأحْسَن تأْدِيبهَا، ثُمَّ أعْتقهَا وجَعل عِتقها صَداقَهَا» (އަޅު އަންހެނެއް އެމީހަކަށް ލިބިފައިވާ މީހެކެވެ. ދެން މިނާ އޭނާއަށް ދީނީ ތަޢުލީމު އުނގަންނައިދީ އަދި އެކަން ރަނގަޅަށް ކޮށްދީ، އޭނާ އަދަބުވެރި ކުރުވައި އެކަން ހެޔޮގޮތުގައި ކުރުމަށް ފަހު، އޭނާ މިނިވަންކޮށް އެމިނިވަންކަމުގެ އަގަކީ އެނާގެ ކައިވެނީ ރަން ކަމުގައި ހަމަޖައްސައިދެއެވެ.)

ފަހެ މިއީ އަޅު އަންހެންނަކަށް އެކަން ކޮށްދިނުމުގެ ވާހަކައެވެ. މިހެންކަމުގައި ވަނީ ނަމަ (ޙައްޤުގެ ގޮތުން މާ ބޮޑު) އޭނާގެ އަމިއްލަ ދަރިޔެއްގެ ކަންތަކުގައި ފަހެކޮބައިހެވެ؟ ❝


— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)
~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

އެއްވެއުޅުމުގައި ބިޒީވުން 🕗

❞ އެއްވެސް ޝައްކެތް ނެތް ގޮތުގައި އިންސާނާ އަނެކުންނާއި އެއްވެއުޅެން ޖެހެއެވެ. އެހެނީ، އިބްނުލް ޤައްޔިމް އަދި އިބްނު ޚަލްދޫން އަދި އެނޫން ބޭކަލުން ވިދާޅުވެފައިވާ ފަދައިން: «އިންސާނާއަކީ ޠަބީޢަތުގައި ރަށްވެހި (މީހުންތެރޭ އުޅެހަދާ) މީހެކެވެ.» [زاد المعاد 3/11، مقدمة ابن خلدون (ص: 137)] އެހެންމީހުންގެ ޙާޖަތްތައް އޭނާގެ ފުށުގައި ވެއެވެ. އަދި އޭނާގެ ޙާއްޖަތްތައް އެހެން މީހުންގެ ފުށުގައިވެސް ވެއެވެ. ވީމާ އަނެކުންނާއި އެއްްވެ އިޖުތިމާޢުވުމަށް އޭނާ އަށް ބޭނުންޖެހެއެވެ. އަދި މި އެއްވެ އުޅުމަކީ، އޭގައި މައްސަލައެއް އޮތް ކަމެއް ނޫނެވެ. އެހެނަސް - އެކަމަށް ފުދޭ ވަރަކުން - އިންސާނާ އެކަން މަދުކުރަން ރައްކާތެރިވާން ވާނެއެވެ. ޢިލްމު އުނގެނޭ ދަރިވަރުންނަށް ދިމާވާ ގިނަ (މަގުހުރަސް ތަކެއް) އަންނަނީ އެއްވެއުޅުމުންނެވެ. އެގޮތުން އެކަމުގެ ތެރޭގައި އެތައްގިނަ ވަޤުތުތަކެއް ހޭދަވެއެވެ. އަދި މުޅި ރޭ ވެސް އެކަމުގައި (ނުނިދައި) ހޭދަވެއެވެ. ދެން އޭގެތެރެއިން މީހެއް ވަޤުތެއް ހުސްކޮށް ވިތުރި ކުރުމަށް އުޅެންޖެހެނީ ނަފްސުގެ މައްޗަށް ގަދަހަދައިގެންނެވެ. އެހިނދުގައި އޭނާ (ވަރުބަލިކަމާއި ނިދިން) ބުރަޖެހިފައި ހުރެ ކުރެވެނީ ވިތުރިޔަށް މަދު ރަކުޢަތެކެވެ. އަދި އޭނާގެ ހިތެއް އޭގައި ޙާޟިރުވެ ނުއޮވެއެވެ. އަދި އަޅުކަންތަކަށް އޭނާގެ ނަފްސު ވަރުބަލި ކުރުވާފައިވެއެވެ. އަދި މިއީ، އެއެއްގައި ފާއިދާއެއް ނުވާ އެއްވެ އުޅުމުގެ ނަތީޖާއެވެ.❝

— ޢަބްދުލް ޢަޒީޒް އަލްޚުޟައިރު (މަޞްދަރު)
~ ގަލަންދާނު 🖋


📝 އަހަރެން ބުނަމެވެ: އަދި މިކަންތައް އިންޓަނެޓާއި މީސްމީޑިއާއަށްވެސް އެއްހަމަ ވެގެންވެއެވެ. އަދި ގިނަ ވަޤުތުތަކެއް މީސްމީޑިއާގައި ހޭދަކޮށް ވިތުރިޔެއް ނުކުރެވޭ ކިތައް މީހުން ވޭބާއެވެ؟ އަދިކިއެއްތަ، ފަތިސްނަމާދަށް ފަރުވާކުޑަވެ ނުހޭލެވޭ ކިތައް މީހުންވޭބާއެވެ؟ މިއީ މިޒަމާނުގެ ޒުވާނުން ތެރޭ ޖެހިފައިވާ ބޮޑު މުޞީބާތެކެވެ. ﷲ ރައްކައުތެރި ކުރެއްވި މަދު އަޅެއް މެނުވީއެވެ. نسأل الله السلامة والعافية.

Читать полностью…

Galandān ގަލަންދާނު

ـ🎁🎁ـ

ލޯބީގައި އިސްރާފުކޮށް ދެން ހިތާމަކުރާން ނުޖެހޭށެވެ. އަދި ރުޅީގައި އިސްރާފުކޮށް ދެން ލަދުވެތިވާން ނުޖެހޭށެވެ.
⬆️⬆️⬆️⬆️⬆️⬆️⬆️

1⃣އަބޫ ހުރައިރާ އަރިހުން — އެކަލޭގެފާނު މަރްފޫޢު ކުރައްވާ ގޮތުގައި (އެބަހީ ނަބިއްޔާ ޙަދީޘް ކުރެއްވިޔޭ) ރިވާވެގެން ވެއެވެ:

«أَحْبِبْ حَبِيبَكَ هَوْنًا مَا عَسَى أَنْ يَكُونَ بَغِيضَكَ يَوْمًا مَا وَأَبْغِضْ بَغِيضَكَ هَوْنًا مَا عَسَى أَنْ يَكُونَ حَبِيبَكَ يَوْمًا مَا»
”ތިބާ ލޯބިވާ މީހާދެކެ މެދު މިންވަރަށް ލޯބިވާށެވެ. އެއީ ކޮންމެވެސް ދުވަހަކުން ތިބާ ރުޅި އަންނަ މީހަކު ކަމުގައިވެދާނެއެވެ. އަދި ތިބާ ރުޅިއަންނަ މީހަކު ދެކެ މެދުމިންވަރަކަށް ރުޅި އަންނާށެވެ. އެހެނީ ކޮންމެވެސް ދުވަހަކުން އެއީ ތިބާ ލޯބިވާ މީހަކު ކަމުގައިވެދާނެއެވެ.“

ރިވާކުރެއްވީ އައްތިރުމިޛީ އާއި އަލްބުޚާރީ "އަލްއަދަބް އަލްމުފްރަދް" ގައެވެ. އަދި (ރާވީ) ސުވައިދު، ތަފައްރުދު ވުމުގެ ސަބަބުން އައްތިރުމިޛީ މިރިވާޔަތް "ޟަޢީފު" ކުރެއްވިއެވެ. އަދި ރަނގަޅުގޮތީ، މިއީ ޢަލީ ބިން އަބީ ޠާލިބް އަރިހުން މަޥްޤޫފު ރިވާޔަތެއް (އެކަލޭގެފާނުގެ ބަސްފުޅެއް ގޮތުގައި) ކަމެވެ. އައްދާރަޤުޠުނީ އާއި އިބްނު ޢަދިއްޔު އާއި އަލްބައިހަޤީ މިހެން ކަނޑައެޅުއްވިއެވެ.

2⃣[ޒައިދު ބުނު އަސްލަމް އެކަލޭގެފާނުގެ ބައްޕަ އަރިހުން ރިވާކުރެއްވިއެވެ:]
ޢުމަރު ބުނުލް ޚައްޠާބު އަހަރެން ގާތު ދެންނެވިއެވެ: ”އޭ އަސްލަމް އެވެ! ތިބާގެ ލޯބިން މޮޔަނުކުރުވާށެވެ. އަދި ތިބާގެ ރުޅިން ހަލާކު ނުކުރުވާށެވެ.“ އަހަރެން ދެންނެވީމެވެ: އެއީ ކިހިނަކުން ތޯއެވެ؟ ވިދާޅުވިއެވެ: ”ތިބާ ލޯބިވާނަމަ، ކުޑަ ކުއްޖެއް އޭނާ ހިތްޖެހޭ އެއްޗަކާއި މޮޔަވާހެން މޮޔަނުވާށެވެ. އަދި ތިބާ ރުޅި އަންނަނަމަ، އެ ރުޅިއަކުން ތިބާގެ އެކުވެރިޔާ ބަރުބާދުވެ ހަލާކުވާން އެދޭވަރަށް ރުޅި ނުއަންނާށެވެ.“

ރިވާކުރެއްވީ އަލްބުޚާރީ "އަލްއަދަބް އަލްމުފްރަދް" ގައި ޞައްޙަ ސަނަދަކުންނެވެ. ( އަދި ޢަބްދުއް ރައްޒާޤު އެކަލޭގެފާނުގެ މުޞައްނަފް 20269 ވެސް އެވެ.)

3⃣އަބޫ ޙާތިމް ވިދާޅުވިއެވެ:
”މީސްތަކުންގެ ލޯތްބާއި އެކު އެމީހަކު، މީސްތަކުން ގާތުން ކަންކަމަށް ކިޔާން ޖެހުން، ...އެވެރިން ފުށުން މިންޖުވެ ހުރުމަށް ވުރެ (އެބަހީ: ކަމަކު ނުކިޔާ ހުރުމަށް ވުރެ) ހެޔޮވެގެންވެއެވެ...“⁽¹⁾

4⃣އަލްޢައްލާމާ އިބްނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ:
”ނަފުރަތާއި ނުރުހުންތެރިކަމީ އެންމެހައި ވަކިވުން ތަކާއި އޭގެ ފެށުމެވެ.“


5⃣«أَحْبِبْ حَبِيبَكَ هَوْنًا مَا...» (ތިބާ ލޯބިވާ މީހާދެކެ މެދު މިންވަރަށް ލޯބިވާށޭ)

"އައްނިހާޔާ" ގައި ވެއެވެ:
”އެބަހީ: ފުއްދައިލެވޭ މިންވަރަށް، އޭގައި އިސްރާފެއް ނުވާ ވަރުގެ ލޯތްބެވެ. އަދި (ޖުމްލައިގެ ނިމުމުގައި) އިތުރަށް "مَا" އެކުލެވިފައި އެވަނީ، މަދުކުރުން އެންގުމުގެ ގޮތުންނެވެ. ޔަޢުނީ: ލޯތްބާއި ރުޅީގައި އިސްރާފު ނުކުރާށޭ އެވެ. އެހެނީ ފަހަރެއްގައި، ލޯބިވާ މީހާ ރުޅިވެރިވާ މީހަކަށް ބަދަލުވެދާނެއެވެ. އަދި ރުޅިވެރި މީހާ ލޯބިވާ މީހަކަށް ބަދަލުވެދާނެއެވެ. ވީމާ ލޯބީގައި އިސްރާފުކޮށް ދެން ހިތާމަކުރާން ނުޖެހޭށެވެ. އަދި ރުޅީގައި އިސްރާފުކޮށް ދެން ލަދުވެތިވާން ނުޖެހޭށެވެ.



— އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އަލްޚުޟައިރު (މަޞްދަރު)

~ ގަލަންދާނު 🖋


ــــــــــــــــــ
[1] ފުރިހަމަ ބަސްކޮޅަކީ: އަބޫ ޙާތިމް ވިދާޅުވިއެވެ:
”މީސްތަކުންގެ ލޯތްބާއި އެކު އެމީހަކު، މީސްތަކުން ގާތުން ކަންކަމަށް ކިޔާން ޖެހުން، އެވެރިންގެ ރުޅިވެރިކަމާއި އެކު، އެވެރިން ފުށުން މިންޖުވެ ހުރުމަށް ވުރެ (އެބަހީ: ކަމަކު ނުކިޔާ ހުރުމަށް ވުރެ) ހެޔޮވެގެންވެއެވެ. އޭނާއަށް އެވެރިންގެ ލޯބި ލިބުން ހުރަސް އެޅޭން މެދުވެރިވާ ސަބަބަކީ: އަޚްލާޤު ގައި އޭނާ ހަނިވުމާއި، ޚުލްޤު ނުބައިވުމެވެ. އެހެނީ އެމީހެއްގެ ޚުލްޤު މަދުވެއްޖެ މީހަކަށް، އޭނާގެ އަހުލުންނާއި އޭނާގެ އަވަށްޓެރިން ބަދުބަސް ބުނާނެތެވެ. އަދި އޭނާއަކީ އޭނާގެ އެކުވެރީންނަށް ބުރައެކެވެ. އެހެންކަމުން، އޭނާ ފުށުން މިންޖުވުމަށް އެވެރިން އެދިއެދި ތިބެއެވެ. އަދި އޭނާގެ މައްޗަށް ހަލާކަށް ދުޢާ ކުރަތެވެ.“ (روضة العقلاء 1/66)

📖ފައިދާއެއް: އަބުލް ފަޟްލު ޞާލިޙު ވިދާޅުވިއެވެ: އިބްނި ޢައްބާސް ގެ ޙަދީޘް: "إياكم والغلو، فإنما أهلك من كان قبلكم الغلو" (ދީނުގައި ހައްދުފަހަނަޅައިދިއުމުން ރައްކާތެރިވާށެވެ. އެހެނީ ތިޔަބައިމީހުންގެ ކުރީގެ އުއްމަތްތައް ހަލާކުވެދިޔައީ ޙައްދުފަހަނަޅައިދިޔުމުގެ ސަބަނުންނޭ) — (މިޙަދީޘް) އާއި މެދު އެކަލޭގެފާނު (އެބަހީ: އިމާމް އަޙްމަދު) އަރިހު އަހަރެން ސުވާލުދެންނެވީމެވެ. އަހަރެންގެ ބައްޕަ ވިދާޅުވިއެވެ: ”އެއްވެސް އެއްޗަކު ހައްދުފަހަނަ އަޅައިނުދާށެވެ. ލޯބިވުމާއި ރުޅީގައިވެސް މެއެވެ.“ [مسائل الإمام أحمد رواية ابنه صالح (204)]

Читать полностью…

Galandān ގަލަންދާނު

The Virture Of Repeatedly Asking For Paradise

“From Anas bin Mālik — May Allah be pleased with him, who said: The Messenger of Allah (Peace and blessings be upon him) said:

«مَن سألَ الله الجنَّةَ ثلاثَ مرّاتٍ؛ قالتِ الجنَّةُ: اللهمَّ أدخِلْهُ الجنَّةَ، ومَنِ استجارَ مِنَ النارِ ثلاثَ مراتٍ؛ قالتِ النارُ: اللهمَّ أجِرهُ من النّارِ»
Whoever asks Allah for Paradise three times, Paradise will say: 'O Allah, admit him to Paradise.' And whoever seeks protection from Hell three times, Hell will say: 'O Allah, protect him from the Fire.'"

Al-Shaykh Al-Muḥaddith ʿAbdullah Al-Saʿd said: “This narration was reported by Al-Tirmidhī, Al-Nasāʾī and Ibn Mājah. It's chain of transmission is Jayyid (i.e. fair, similar to the grading, "ḥasan"). It was also declared authentic by Ibn Ḥibbān and others. ❞
#حديث_صحيح

~ Galandān 🖋

------------
Notes: Shaykh Fahd Al-Sunīd said, “It was narrated by Aḥmad with an authentic chain.” The ḥadīth was also declared authentic by Al-Ḥākim. Shaykh Muqbil declared it authentic in his “Ṣaḥīḥ Musnad” (1/106, No. 123). As for Al-Ḥassanī, he said that it is mawqūf to Anas, and didn't mention whether it was given the ruling of Marfūʿ. Al-ʿAdawī stated, “Some scholars declared it Ḥasan, and there is a minor disagreement on it.”

Читать полностью…

Galandān ގަލަންދާނު

_③_

ـــــــــــــــــ
އިތުރު ބަޔާން:
އައްޝެއިޚް އިބްނު ޢުޘައިމީން ވިދާޅުވިއެވެ:

ޣައިބަށް ކަށުނަމާދު ކުރުން: ޞައްޙަ ބުނުމަކީ އެއީ ސުންނަތެއް ނޫން ކަމެވެ. އެހެނަސް އެމީހަކަށް ކަށުނަމާދު ނުކުރެވި އޮވެއްޖެ މިހަކަށް މެނުވީއެވެ. މިޘާލަކަށް ކަނޑުގައި ޣަރަޤުވެ އެމީހަކަށް ކަށުނަމާދު ނުކުރެވި އޮވެއްޖެ މީހެއް ފަދައެވެ. އެހިނދުގައި ⌝އޭނަގެ ހަށިގަނޑުނެތް ޙާލު⌜ އޭނާއަށް ނަމާދު ކުރެވެއެވެ.
ދެންފަހެ، އެއްވެސް ތަނެއްގައި އޭނާއަށް ނަމާދު ކުރެވިއްޖެ ނަމަ، ދަންނައެ، އޭނާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުން ނުވެއެވެ. އެހެނީ އެބޭކަލަކަށް ކަށުނަމާދު ނުކުރެވި އޮތް އެންމެ ބޭކަލަކަށް މެނުވީ ނަބިއްޔު ﷺ ޣައިބަށް ކަށުނަމާދު ކުރައްވާފައި ނުވާތީއެވެ. އެއީ އައްނަޖާޝީ އަށެވެ. ޣައިބުގައި ވާ ފަރާތަކަށް ކަށުނަމާދު ކުރުމީ ޝަރުޢުވެގެންވާ ކަމެއްނަމަ، އެކަން އުއްމަތުގެ މައްޗަށް ފުރަތަމަވެސް ކުރެއްވި ފަރާތަކަށްވީހީ ނަބީ މުޙައްމަދު ﷺ އެވެ. ޢަޞްޙާބު ބޭކަލުންވެސް ވީ މިފަދައިންނެވެ. އެބޭކަލުން ޣައިބަށް ކަށުނަމާދު ކުރެއްވިކަމުގައި ވާރިދުވެފައި ނުވެއެވެ. ވެރިންނާއި ޚަލީފާއިންނާއި، އަމީރުން އަވަހާރަވިއެވެ. އެއިން އެއްވެސް ބޭކަލަކަށް ⌝ޣައިބަށް⌜ ކަށުނަމާދެއް އެބޭކަލުން ނުކުރައްވައެވެ. އަދި އަހަރެމެން މިބަޔާން ކުރި ރައުޔަކީ، ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله އިޚްތިޔާރުކުރެއްވި ރައުޔެވެ.“
"لقاء الباب المفتوح" (216/7).

އަހަރެން ބުނަމެވެ: އަދި މިއީ އިމާމް އަޙްމަދު އަރިހުން އޮތް ދެވަނަ ޤަޥްލެވެ. އަދި މިއީ އިބްނު ޤައްޔިމް އިބްނު ތައިމިއްޔާ އަރިހުން ގެންނެވި ދެބޭފުޅުންގެ ރާޖިޙު ޤަވްލެވެ. އަދި އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު ރާޖިޙު ކުރެއްވި ޤަވްލެވެ. (އޯޑިއޯ). އަދި އައްޝެއިޚް ޙަމޫދު ބުނު ޢަޤްލާއުއް ޝަޢްބީ ގެ ޤަޥްލެވެ. (ފަތުވާ). އަދި މިކަމުގައި ”އިސްލާމްވެބް“ ގެ ފަތުވާ 30687 ގައި ބަޔާންކޮށްފައިވާ ރާޖިޙު ޤަޥްލެވެ. އަދި ”އިސްލާމް-ސުވާލާއިޖަވާބު“ ގެ ފަތުވާތަކުގައި ދެ ރައުޔެއް އޮތް އިރު، ފަތުވާ 512435 ގައި ރާޖިޙު ކުރެއްވި ޤަޥްލެވެ. އަދި ޝެއިޚް ޚާލިދު އަލްފުލައިޖު ރާޖިޙު ކުރެއްވި ގޮތެވެ. (އޯޑިއޯ)

މިއާއިއެކު، މިއީ ޢިލްމުވެރިން ތެރޭ ބޮޑު ޚިލާފެއް އޮތް މައްސަލައެއްކަމުން، މީގައި ދޭދޭ ފަރުދުން ދެމެދުގައި އަދި ވަކި އިޚްތިޔާރަކަށް ތަޤްލީދުކުރާ ބައެއްގެ ތެރޭގައި، ދެބަސްވެ އަރައިރުންވުމުން ދުރުހެލިވާންޖެހެއެވެ. والله أعلم.

~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

⚙️ޣައިބަށް ކަށުނަމާދު ކުރުމުގެ މައްސަލާގައިވާ ޚުލާޞާ

سماحة الشيخ العلامة سليمان العلوان

މަޞްދަރު: اللقاء المفتوح ١٥


_①_
ސުވާލު:
ޣައިބަށް ކަށުނަމާދު ކުރުމުގެ މައްސަލަގައި ރާޖިޙު ޙުކުމަކީ ކޮބައިތޯއެވެ؟


ޖަވާބު:

މިމައްސަލައަކީ ފިޤުހުވެރިންގެ ތެރޭގައި 4 ނަޒަރިއްޔާތެއް އޮތް މައްސަލައެކެވެ:

1️⃣ފުރަތަމަ މަޛުހަބަކީ: މުސްލިމުންގެ ތެރެއިން ޣައިބުގައިވާ ކޮންމެ މައްޔިތަކަށްވެސް ނަމާދު ކުރެވުމެވެ. އަދި މިބޭފުޅުން ދަލީލު ނަންގަވާނީ ނަބިއްޔު ﷺ އައްނަޖާޝީއަށް ކަށުނަމާދު ކުރެއްވިކަމެވެ. ވީމާ މިނަމާދު އެއްފަހަރު ކުރެއްވިކަމީ، އެނަމާދު ތަކުރާރުކޮށް ކުރެވިދާނޭ ކަމުގެ ދަލީލެއްގެ ގޮތުންނޭ އެވެ. އަދި މިޙަދީޘު ވާރިދުވެފައި ވަނީ ދެޞަޙީޙު ގައެވެ.

2️⃣ދެވަނަ މަޛުހަބަކީ: އެއްވެސް ގޮތެއްގައި ޣައިބަށް ކަށުނަމާދު ނުކުރެވުމެވެ. އަދި ޣައިބަށް ކުރެވޭ ނަމާދަކީ ޝަރުޢުވެގެން ނުވާ އެއްޗެއް ކަމުގައެވެ. އަދި މިބޭފުޅުން ދަލީލު ނަންގަވާ ގޮތަކީ އައްނަޖާޝީއަށް މެނުވީ ނަބިއްޔު ﷺ ޣައިބަށް ނަމާދު ނުކުރައްވާކަމެވެ. އެހެންކަމުން އޭގެ ކުރިން ވެސް އެއްވެސް ބޭފުޅަކަށް އަދި އޭގެ ފަހުންވެސް އެއްވެސް ބޭފުޅަކަށް (ޣައިބަށް) ނަމާދުކުރައްވާފައި ނުވާކަމުގައެވެ. ވީމާ މިއިން އެނގެނީ އެޢަމަލުފުޅަކީ އައްނަޖާޝީއަށް ޚާއްޞަ ވެފައިވާ އެއްޗެއް ކަމުގައޭ އެވެ.

3️⃣ތިންވަނަ މަޛުހަބަކީ: އެނަމާދު ކުރެވުން ވަނީ ޢިލްމާއި ޤަދަރާއި ފަޟުލުގެ އަހުލުންނަށް ކަމެވެ. އެނޫން މީހުންނަށް ނޫން ކަމުގައެވެ. ވީމާ ޢިލްމާއި ޤަދަރާއި ފަޟުލުގެ އަހުލުންގެ ތެރެއިން ބޭފުޅެއް އަވަހާރަވެއްޖެ ނަމަ އެބޭކަލަކަށް ނަމާދުކުރެވުމެވެ. އަދި ފާސިޤު ކަމާއި ވިޔާނުދާ ކަމާއި މަގުފުރެދުމުގެ މީސްތަކުން ތެރެއިން މީހެއްނަމަ، އޭނާގެ މައްޗަށް ޣައިބަށް ކަށުނަމާދު ނުކުރުމެވެ. އަދި މިއީ ⌝އިމާމް⌜ އަޙުމަދުގެ އަރިހުން ވާރިދުވެފައިވާ އެއް ޤަޥްލެވެ. މިބޭފުޅުން ދަލީލުނަންގަވަނީ ނަބިއްޔު ﷺ އައްނަޖާޝީއަށް ނަމާދު ކުރެއްވި ކަންތަކުންނެވެ.

⚠️މިރައުޔު ބަލިކަށިވެގެން ވެއެވެ. އެހެނީ ނަބިއްޔު ﷺ އަށް ވުރެެ ޤަދަރުކޮޅު މަތިވެރި އެއްވެސް ބޭފުޅެއް ނުވެއެވެ. އަދި އެއާއި އެކުވެސް، ⌝އަޞްޙާބުންކުރެ⌜ އެއްވެސް ބޭކަލެއް، އެކަލޭގެފާނަށް ޣައިބުގެ ކަށުނަމާދެއް ނުކުރައްވައެވެ. އަދި މިއީ، ޣައިބަށް ކަށުނަމާދު ނުކުރުމާއި މެދު އަޞްޙާބު ބޭކަލުންގެ އަރިހުން އިއްތިފާޤުވުމެއް ފަދައެވެ. އަދި ނަބިއްޔު ﷺ އަށް ފަހު، އަބޫ ބަކުރުއް ޞިއްދީޤަށް ވުރެ ޤަދަރުފުޅު މަތި ބޭކަލެއް ނުވެއެވެ. އަދި އެއާއި އެކުވެސް އެއްވެސް ބޭކަލަކު އެކަލޭގެފާނަށް ޣައިބަށް ކަށުނަމާދު ނުކުރައްވައެވެ. އަދި އެއަށްފަހު ⌝ޤަދަރުފުޅު މަތިވެރިވެގެން⌜ ވަނީ ޢުމަރުގެފާނެވެ. އެއްވެސް ބޭކަލަކު އެކަލޭގެފާނަށް ޣައިބަށް ކަށުނަމާދު ނުކުރައްވައެވެ. އަދި އެއަށްފަހު ވަނީ ޢުޘްމާންގެފާނެވެ. އެއްވެސް ބޭކަލަކު އެކަލޭގެފާނަށް ޣައިބަށް ކަށުނަމާދު ނުކުރައްވައެވެ. އެއަށްފަހު ޢަލީގެފާނެވެ. އެއްވެސް ބޭކަލަކު އެކަލޭގެފާނަށް ޣައިބަށް ކަށުނަމާދު ނުކުރައްވައެވެ. ވީމާ މި ⌝މުސްލިމުންގެ⌜ އިމާމުންގެ ބޮޑެތީންނާއި މުޙާޖިރުންނާއި އަންޞާރުންގެ ތެރެއިން السابقين الأولين (އިސްވެ ކުރިއެރުއްވި ބޭކަލުން) ، ނަބިއްޔު ﷺ އަށް ⌝ޣައިބަށް⌜ ކަށުނަމާދު ނުކޮށް ދޫކުރެއްވިކަމީ، އަދި ރާޝިދީން ޚަލީފާއިންނަށް ނުކޮށް ދޫކުރެއްވިކަމީ، މިނަމާދަކީ ފަޟުލުވެރި ބޭކަލުންނަށް އެކަހެރިކޮށް ޚާއްޞަކުރެވިފައިވާ އެއްޗަކަށް ނުވާ ކަމުގެ މައްޗަށްވާ ދަލީލެކެވެ.

=

Читать полностью…

Galandān ގަލަންދާނު

⚠️ޢާންމުކޮށް ކޮންމެ ހަނދުމަހެއްގެ މެދުފޮއިރޯދަ ހިފާ މީހަކަށް ވިޔަސް، ޙައްޖުމަހުގެ 13 ވަނަ ދުވަހުގައި ރޯދަ ހިފުން ހުއްދަވެގެން ނުވެއެވެ.

އަޟްޙާ ޢީދު ދުވަހާއި ވިދިގެން އަންނަ ”އައްޔާމުއް ތަޝްރީޤު“ ގެ 3 ދުވަހުގައި (އެބަހީ: ޙައްޖު މަހުގެ 11، 12 އަދި 13 ގައި) ރޯދަ ހިފުމާއި މެދު ޢިލްމުވެރިން ޚިލާފުވެލެއްވިއެވެ.

⬆️މިބާބުގައިވާ ޙަދީޘްތައް:

⬆️އިމާމް މުސްލިމް އެކަލޭގެފާނުގެ ”ޞަޙީޙު“ ގައި ރިވާކުރެއްވި ނުބައިސަތަލް ހުޛަލިެއްޔުގެ ޙަދީޘް: ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިޔޭ: «أَيَّامُ اَلتَّشْرِيقِ أَيَّامُ أَكْلٍ وَشُرْبٍ, وَذِكْرٍ لِلَّهِ عَزَّ وَجَلَّ» މާނައީ: ”އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކަކީ ކެއުމާއި ބުއިމާއި އަދި الله عَزَّ وَجَلَّ ގެ ޛިކުރު ކުޅައުމުގެ ދުވަސްތަކެކެވެ.”

⬆️ޢާއިޝަތުގެފާނާއި އިބްނު ޢުމަރުގެ އަރިހުން، އެދެބޭފުޅުން ވިދާޅުވިޔޭ: «لَمْ يُرَخَّصْ فِي أَيَّامِ اَلتَّشْرِيقِ أَنْ يُصَمْنَ إِلَّا لِمَنْ لَمْ يَجِدِ اَلْهَدْيَ» މާނައީ: ”އައްޔާމުއް ތަޝްރީޤުގައި ހަދްޔު ނުލިބިއްޖެ މިހަކަށް މެނުވީ ރޯދަ ހިފުމަކަށް ފުރުސަތެއް ދެވިގެން ނުވެއެވެ.“ ރިވާކުރެއްވީ އަލްބުޚާރީ އެވެ.

⬆️މީގެ މައްޗަށް ޢިލްމުވެރިން އަރިހުން އައިސްފައިވާ ރައުޔުފުޅުތަކުގެ ޚުލާޞާ އަކީ؛

1️⃣އެއިން އެއްބައިބޭކަލުން މުޠްލަޤުކޮށް އެކަން (އެބަހީ: އެދުވަސް ތަކުގައި އެއްވެސް ރޯދައެއް ހިފުން) މަނައު ކުރެއްވިއެވެ.
2️⃣އެއިން އެއްބައިބޭކަލުން އެކަން ޙައްޖާޖީންނަށް އެކަނި މަނައު ކުރެއްވިއެވެ. މިއީ ޢަޠާއު އަރިހުން އައިސްފައިވާ ރައުޔެކެވެ. އަދި ޖުމްހޫރުން މިއާއި ޚިލާފުވެލެއްވިއެވެ.
3️⃣އެއިން އެއްބައިބޭކަލުން އެކަން ސުންނަތް ރޯދަތަކަށް އެކަނި މަނައު ކުރެއްވިއެވެ. އަދި ވާޖިބު އަދި ވާޖިބު ތަކުގެ ތެރެއިން ޤަޟާއު ރޯދަތަކަށް ހުއްދަކުރެއްވިއެވެ.
4⃣އެއިން އެއްބައިބޭކަލުން އެކަން މުޠްލަޤުކޮށް އެންމެންނަށް މަނައު ކުރައްވައި، އެއިން ޙައްޖާޖީންގެ ތެރެއިން ހަދިޔު ނުލިބުނު މީހުންނަށް ވާ 3 ރޯދަ އިސްތިޘްނާ ކުރެއްވައި ހުއްދަ ކުރެއްވިއެވެ.

އަދި ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ އިޚްތިޔާރު ކުރެއްވިގޮތެވެ.

📝 ބުލޫޣުލް މަރާމުގެ ޝަރަޙައިގައި މިޤަޥްލުތަކުގެ ތަފްޞީލު ގެންނެވައި، އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން ވިދާޅުވިއެވެ:

”...މިބާބުގައިވާ ޙަދީޘުން ދަލީލުކުރަނީ އައްޔާމުއް-ތަޝްރީޤުގައި ރޯދަ ހިފުން ޙަލާލުވެގެން ނުވާކަމެވެ. އެއީ ދެޢީދުގައިވެސް ރޯދަ ހިފުން ޙަލާލުވެގެން ނުވާ ފަދައިންނެވެ. ވީމާ އެދުވަސްތަކުގައި ހިފައިފި ރޯދައެއް ޞައްޙަވެގެން ނުވެއެވެ. އެހެނީ ޙަލާލު ނޫން ވަޤުތެއްގައި ރޯދަ ހިފައިފައި ވާތީއެވެ. އަދި މިކަމުގައި ޤަޟާއު ރޯދައެއް ފަދަ ފަރުޟެއް ނޫނީ އިޚްތިޔާރީ (ނަފުލު) ރޯދައެއް ވިޔަސް ހަމަހަމައެވެ. އެހެނަސް މިޙުކުމުން އިސްތިޘްނާވެގެން ވަނީ، (ޙައްޖާޖީންގެ ތެރެއިން) ހަދިޔު ނުލިބިއްޖެ މީހެއްގެ މައްޗަށް އޮތް 3 ރޯދައިގައި އެކަންޏެވެ... [...] އަދި މިތިން ރޯދައަކީ، ޢަރަފާތް ދުވަހުގެ ކުރިންވެސް ހިފުން ހުއްދަ ރޯދައެކެވެ. އަދި ރާޖިޙު ޤަޥްލުގެ މައްޗަށް ބަލާއިރު، ނަޙްރުގެ ދުވަހަށް ފަހު (އެބަހީ؛ އަޟްޙާ ޢީދުގެ ފުރަތަމަ ދުވަހަށް ފަހު) އައްޔާމުއް-ތަޝްރީޤުގެ ތިން ދުވަހުގައި ވެސް އެ ތިން ރޯދަ ހިފުން ހުއްދަ ޖާއިޒެވެ. އަދި މިއީ އިމާމް އަޙްމަދުގެ އަރިހުން އެއްރިވާޔަތުގައި އައިސްފައިވާ ޤަޥްލުފުޅެވެ. އަދި މިއީ މިމައްސަލާގައި ޝެއިޚުލް އިސްލާމް (އިބްނު ތައިމިއްޔާ) އާއި އިބްނުލް ޤައްޔިމް އިޚްތިޔާރު ކުރެއްވި ރައުޔެވެ. އަދި މިއީ ޙާފިޡު އިބްނު ކަޘީރު ގެ ވެސް ޤަޥްލުފުޅެވެ. ﷲ އެބޭބޭކަލުންނަށް ރަޙުމަތް ލައްވާށިއެވެ.“

~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

🔴
مادمنا مع بعضنا
އަހަރެމެން އެކުގައިވާހާ ހިނދަކު
دامت مساعيد
އުފާވެރިކަން ދެމިއޮންނާނެތެވެ.

حبل الود يجمعنا
ލޯބީގެ ވާފަށްތަކުން އަހަރެމެން ޖަމަޢުވެއެވެ.
في عيد السعادة
...މިއުފާވެރިކަމުގެ ޢީދުގައެވެ!


🗒ތަރުޖަމާ ލިންކް🔗އޯޑިއޯ mp3

~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

🎆 ޢީދުގެ ބައެއް އަޙްކާމުތައް

⬆️ޢީދުގައި އުފާވެރިކަން ފާޅުކުރުމީ ސުންނަތެކެވެ. އެއިން އެކުވެރިޔާ އުފާކޮށްދެއެވެ. ޢަދުއްވު ހިތްނުތަނަވަސް ކުރުވައެވެ. ޙަބަޝީންނަށް އެބައިމީހުންގެ (ޢަސްކަރީ) ކުޅިވަރުގެ ޙަރަކާތްތައް މިސްކިތު ތެރޭ ދެއްކުމަށް ނަބިއްޔު ﷺ އިޛުނަދެއްވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ: «لتعلم اليهود أن في ديننا فسحة» ((އަހަރެމެންގެ ދީނުގައި (މުނިއަވަސްފިލުވުމަށް) ތަނަވަސްކަން އޮތްކަން ޔަހޫދީންނަށް އެގެންޖެހެއެވެ.))

⬆️ޙަދީޘާއި ސަލަފުންގެ އަޘަރުތަކުން ވާރިދުވެގެންވަނީ، ޢީދުގެ ތަހުނިޔާ އަދާކުރެވެނީ ޢީދު ދުވަހުގައި ކަމެވެ. އެހެނަސް އޭގެ ކުރިން ތަހުނިޔާ ކިޔުން މަނަޢު ކުރާ އެއްޗެއް ފެންނާކަށް ނެތެވެ. މީހަކު އެކަން ދުރާލާ ކުރާނަމަ، އެކަން އޮތީ ޢީދުވަންނަ ރެއެވެ. އެހެނަސް މޮޅުއިތުރީ ޢީދުގެ ދުވަހުގެ ހެނދުނެވެ.

⬆️މާނަ ހެޔޮ ކޮންމެ ޖުމަލަޔަކުން ވިޔަސް ޢީދުގެ ތަހުނިޔާ އަދާ ކުރެވިދާނެއެވެ. ނަބިއްޔު ﷺ ގެ ޙަދީޘް ފުޅަކުން ވަކި ޚާއްޞަ ޞީޣާއެއް އެއަށް ޘާބިތުވެފައި ނުވެއެވެ. މިކަމުގައި ވާރިދުވެފައިވާ އެންމެ ޞައްޙަ އެއްޗަކީ، ޢަޞްޙާބުބޭކަލުން އެއްބޭފުޅެއް އަނެއްބޭފުޅަކަށް ކިޔުއްވި ތަހުނިޔާއެވެ: تَقَبَّلَ اللَّهُ مِنَّا وَمِنْكَ ((އަހަރެމެންނާއި ތިބާ ފުށުން ﷲ (އަދާމިކުރެވުނު) ހެޔޮ ޢަމަލުތައް ޤަބޫލު ކުރައްވާށިއެވެ.))

⬆️ޢީދު ނަމާދުގެ ކުރިޔަށް ވާ ސުންނަތްތަކީ: ތަކްބީރު ކިޔުމާއި، ހިނެއިގަތުމާއި، ހުވަނދުލުމާއި، އައު ހެދުމެއް ލުމާއި، ފިތުރު ޢީދުގައި ނަމަ؛ ނަމާދުގެ ކުރިން އޮނަހިރި އަދަދެއްގެ ކަދުރުއޮށެއް ކެއުމެވެ. އަދި ނަމާދަށް ހިނގާފައި ދާ އަދި އަންނަ މަގު ތަފާތުކުރުމެވެ.


— އައްޠަރީފީ (ބަސްކޮޅު)
~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

ތަކްބީރު ކިޔުމުގެ ޞީޣާ:

❞ ރަސޫލު ﷺ އަރިހުން ތަކްބީރު ކިޔުމުގެ ވަކި ޚާއްޞަ ސިފަޔެއް ޘާބިތުވެފައި ނުވެއެވެ. އަދި އެކަން ޘާބިތުވެފައި ވަނީ އަޞްޙާބު ބޭކަލުން رضي الله عنهم އަރިހުން ތަފާތު ގޮތް ތަކަކަށެވެ:

🔈 (اللَّهُ أَكْبَرُ ، اللَّهُ أَكْبَرُ ،اللَّهُ أَكْبَرُ كَبِيرًا)

🔈 (اللَّهُ أَكْبَرُ ، اللَّهُ أَكْبَرُ ، لَا إلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ ، اللَّهُ أَكْبَرُ، وَلِلَّهِ الحَمْدُ)

🔈 (اللَّهُ أَكْبَرُ كَبِيرًا، اللَّهُ أَكْبَرُ كَبِيرًا، اللَّهُ أَكْبَرُ وأَجَلُّ، اللَّهُ أَكْبَرُ وَلِلَّهِ الحَمْدُ)


– އަލްމުޙައްދިޘް، އައްޝެއިޚް ޢަބްދު الله އައްސަޢްދު (ބަސްކޮޅު)

~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

ސުވާލާއިޖަވާބު


ސުވާލު: ރަމަޟާން މަހުގެ ޤަޟާއު ރޯދަ ބާކީ ހުރެއްޖެ މީހާ، ޢަރަފާތް ދުވަހުގެ ރޯދަ ފަދަ ސުންނަތް ރޯދަ ހިފިދާނެ ހެއްޔެވެ؟

ޖަވާބު: ޢިލްމުވެރިން މިމައްސަލާގައިވަނީ ޚިލާފުވެލައްވާފައެވެ. އަދި އައްޝެއިޚް ސުލައިމާން އަލްޢަލްވާން ޚިޔާރު ކުރެއްވި ރައުޔަކީ އެކަން ހުއްދަ ކަމުގައެވެ.⁽¹⁾ އަދި މިއީ އައްޝެއިޚް ޚާލިދުލް ފުލައިޖު އާއި އައްޠަރީފީ އާއި އަލްޢުޞައިމީ ޚިޔާރު ކުރެއްވިގޮތެވެ.


~ ގަލަންދާނު 🖋

ـــــــــــــــــــــ
[1] އަލްޢަލްވާން ވިދާޅުވިއެވެ: ”...ފަރުޟު ރޯދައިގެ ކުރިން ތަޠައްވުޢު ރޯދަތައް (އެބަހީ: އަމިއްލަ އިޚްތިޔާރުގައި ހިމެނޭ ނުވަތަ ހުއްދަ އަދި ސުންނަތް ރޯދަތައް) ހިފުން މަނައުވުމާއިމެދު ދަންނައެ، މިއީ ޚިލާފިއްޔާ މައްސަލައެކެވެ. ފަރުޟު ރޯދަތައް އަދައުކުރުމުގެ ކުރިން ތަޠައްވުޢު ރޯދަ ހިފުން މުސްލިމަކަށް ހުއްދަ ހެއްޔެވެ؟ ޖުމްހޫރުން ކަނޑައެޅުއްވި ގޮތަކީ އެކަން ހުއްދަ ކަމުގައެވެ. އަދި ޙައްޤު ˺ޤަޥްލަކީ˹ މިއީއެވެ...“ — ބުލޫޣުލް މަރާމް ގެ ޝަރަޙައިންނެވެ. (ބަސްކޮޅު)

Читать полностью…

Galandān ގަލަންދާނު

🗣 އައްރިޔާއު އަކީ ދެދުނިޔޭގެ މުޞީބާތެކެވެ.

❞ މަޚުލޫޤުންނަށް ކަންދެއްކުމާއި⁽¹⁾ ދެއްކުންތެރިވުމާއި، ހިތްއެނބުރިފައި ވުމީ، ނަފްސަށްވާ ނުތަނަވަސް ކަމެކެވެ. އަދި ކައްވަޅުގެވެސް ނުތަނަވަސް ކަމެކެވެ. އަދި މިކަން ކުރަނީ ޢިލްމެއް ނެތް މީހުންނެވެ. އެހެނީ ޢިލްމާއި ޢަމަލު ހާމަކޮށް އެކަމުގައި މީސްތަކުންގެ މޫނަށް ބެލުމީ، އޭގެ ސަބަބުން އެޢަމަލަކަށް ﷲ ބަރަކާތެއް ނުލައްވާ އަދި އެޢަމަލެއް ބައްލަވައިވޮޑިގެން ވެސް ނުވާ ކަމެކެވެ. އަދި އެފަދަ މީހާއަށް ކާމިޔާބެއްވެސް އަދި އެއިލާހުގެ އަޅުތަކުންގެ ހިތްތަކުގައި ލޯތްބެއްވެސް ނުލައްވަވައެވެ. އަދި މީސްތަކުންގެ މެދުގައި އޭނާއާއި މެދު ހެޔޮ ގޮތެއްގައި ވާހަކަދެކެވުންވެސް ނުލައްވަވައެވެ. އެހެންކަމުން ދެއްކުންތެރިކަން އޭނާއަށް މުސީބާތަކަށްވެ ނިމެއެވެ. އަދި އޭނާ ބޭނުންވިގޮތާއި ދިމާ އިދިކޮޅަށް އެނބުރެއެވެ. ވީމާ ދުނިޔެއާއި އާޚިރަތްވެސް ނާކާމިޔާބުވެއެވެ.

ދަންނައެ، އިޚްލާޞްތެރިކަމީ ﷲ އަށްޓަކައި އެކަނި ޢަމަލުތައް ކުޅައުމެވެ. ދުނިޔެއާއި އާޚިރަތުގެ ޢިއްޒަތާއި ދަރަޖަ އުފުއްލެވުންވާ މަގަކީ އެއީއެވެ. އަދި މި އިޚްލާޞް، މިއީ (ހަވާ) ނަފުސުގެ މައްޗަށް އޮތް އެންމެ ބުރަ ކަންތަކެވެ. އެހެނީ މީގައި އެޔަށްވާ އެއްވެސް މިންވަރެއް ނުވެއެވެ.

މަޚްލޫޤުންގެ ހިތްތަކުގައި ޒީނަތްތެރިވުމާއި، އެވެރިންފުށުން ތަޢުރީފަށް އެދުމާއި އެވެރިން ކިޔާފާނެ އެއްޗަކަށް ހިތްބިރުގަތުން ފަދަ ނަފުސުގެ އުއްމީދުތައް އެމީހެއްގެ އަމަލުގައި މަސްހުނި ނުވެއްޖެމީހާ، ފަހެ އޭނާގެ ޢަމަލަކީ ﷲ އެއަށް ބަރަކާތްލައްވާ ޞާލިޙު ޢަމަލެކެވެ. އަދި އެއަކީ މަންްފާ ލިބިގެންވާ އެއްޗެއް ކަމުގައި ލައްވަވައެވެ. އަދި އެއިން އަޅުތަކުންނަށް ފައިދާ ކުރައްވަތެވެ. އަދި އޭގައި އެވެރިންނަށް ލައްޒަތާއި ބަރަކާތް ލައްވައެވެ. އަދި އޭގެ އަހުލުންނަށް ﷲ ޤަބޫލުވެވޮޑިގަތުން ލައްވައެވެ.

ދެއްކުންތެރިން އެހޯދުމަށް އެދޭ ކަންތައް، އެ ރިޔާއު ގެ ސަބަބުން ޙާޞިލެއް ނުވާނޭ ކަން ދަނެގަނެވޭނޭނަމަ، އޭގެ ސަބަބުން އެވެރިން ތައުބާއަށް އަވަސްވީހެވެ. (ޙަދީޘް) «وَمَنْ سَمَّعَ سَمَّعَ اللَّهُ بِهِ» (އަޑުއިއްވާ މީހާ ﷲ އަޑު އިއްވަވާނެތެވެ.) [އެބަހީ: މީސްތަކުންނަށް އަޑުއިއްވާން އަޅުކަން ކުރާ މީހާ، ﷲ އޭނާގެ މުނާފިޤުކަން ޤިޔާމަތްްދުވަހުން ބޭޒާރުކުރައްވައި އެންމެންނަށް އަޑުއިއްވަވާނެތެވެ.] އަދި ތައުބާ ވެއްޖެ މީހާ ﷲ ތަޢުބާ ލައްވަވާނެތެވެ. ﷲ تعالى ވަޙީ ކުރެއްވިޔޭ:

﴿تِلۡكَ ٱلدَّارُ ٱلۡأٓخِرَةُ نَجۡعَلُهَا لِلَّذِينَ لَا يُرِيدُونَ عُلُوًّا فِى ٱلۡأَرۡضِ وَلَا فَسَادًاۚ وَٱلۡعَٰقِبَةُ لِلۡمُتَّقِينَ ﴾ (އެއީ އާޚިރަތުގެ (ނިޢުމަތުގެ) ގޮވައްޗެވެ. އެ ގޮވަތި ތިމަންއިލާހު ލައްވާހުށީ ބިމުގައި ބޮޑާވެގަތުމެއް، އަދި ފަސާދަ ކުރުމެއްވިޔަސް ނޭދޭ މީހުންނަށެވެ. އަދި ހެޔޮނިމުންވަނީ ތަޤުވާ ވެރިންނަށެވެ.) ❝


— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން (ބަސްކޮޅު)

~ ގަލަންދާނު 🖋

ـــــــــــــــــــــ
[1] التصنع للخلق (މީސްތަކުންނަށް ކަންދެއްކުން) މީގައި މިވާ التصنُّع (ކަންދެއްކުން) ޢަރަބި ބަަހުގެ ރަދީފު (لسان العرب) ގައިވަނީ: “އެގޮތުގައި ނުވެމެ ހެޔޮލަފާ ކަމަށް ދެއްކުމެވެ. އަދި التصنع ، ކަންދެއްކުމީ: ހެޔޮ ޒާތެއް ދައްކައި އެކަން ފާޅުކޮށް، އޭގެން ޒީނަތްތެރިވެ، އެހެނަސް އެތެރެފުށް ހުތުރުކޮށް އޮތުމެވެ.“ | ދިވެހި ބަހުގެ ރަދީފުގައި ކަންދެއްކުން: އެތެރެފުށުގައި ނެތްކަމެއް ބޭރުފުށުން ފާޅުކުރުން.

Читать полностью…

Galandān ގަލަންދާނު

The Proper Way to Count the Tasbīḥ after Prayers with Fingers

Question: ʿAfallah ʿAnkum, O Shaykh. What is the proper way to count the tasbīḥ with fingers after prayer?

Answer: The ḥadīth of ʿAbdullah ibn ʿAmr ibn al-ʿĀṣ states,

«رأيت النبي صلى الله عليه وسلم يعقد التسبيح بيده»
"I saw the Prophet (peace and blessings be upon him) counting the tasbīḥ with his hand."


It is also narrated [with additional wording],
«بيمينه»
"with his right hand,"


but the wording “with his right hand” is shādhah (anomalous). The preserved version is, "I saw the Prophet (peace and blessings be upon him) counting the tasbīḥ with his hand."

In Abū Dāwūd another narration stated,
«سبحن بالأنامل»
"Recite the tasbih with your fingers,"


but this is weak.

The ḥadīth of ʿAbdullah ibn ʿAmr ibn al-ʿĀṣ could have one of two meanings:

(i) It could be "counting the tasbīḥ with his hand," meaning that tasbīḥ is prescribed with the hand. It's as if he's saying that tasbīḥ is not prescribed with anything other than the hand. This is meant to clarify the type, as if he's saying that the Prophet (peace and blessings be upon him) never counted tasbīḥ with pebbles, date pits, or anything else. He counted tasbīḥ with his hand.

(ii) It could also be that he meant the right hand, based on the generality of the ḥadīth of ʿĀʾishah:
«كان يعجبه التيمن في تنعله وترجله وطهوره وفي شأنه كله»
(he preferred to start with his right hand when putting on his shoes, combing his hair, purifying himself, and in all his other affairs).


Most scholars hold this ⌜latter⌝ view, and that tasbīḥ is recommended with the right hand.

No particular ṣīghah (style) has been reported from the Prophet (peace and blessings be upon him) regarding this matter. Did he recite the tasbīḥ with his fingertips or interlock his fingers? Since there is no evidence to support this from the Prophet (peace and blessings be upon him), the matter is broad. What is intended is to count the number, whether with the right hand or both hands, and whether done with the fingertips or the fingers. The Sunnah is to count the tasbīḥ with the hand, as ʿAbdullah ibn ʿAmr ibn al-ʿĀṣ only mentioned this to convey a meaning, namely that tasbīḥ should be done with the hand and not with anything else.

— Al-Shaykh Al-Muḥaddith Sulaymān Al-ʿAlwān (audio)
~ Galandān 🖋


---------------------
📝Additional Notes: In another place Shaykh Al-ʿAlwān said: “Something that has two sides, the right one is better than the left one. Nevertheless if a person counts tasbīḥ with both hands, there is no harm in that. As for the addition, mentioning "right hand" this is shādhah (weak), the objective of that narrtion is to limit it. Also avoid misbaḥah (prayer beads), as it has no basis.” (See, Audio). In another place he was asked about the device that is placed on the hand for counting and tasbīḥ, and he said: I do not forbid it, and fingers are more appropriate (awlā). (Ref, Book: One Hundred Questions and Benefits from Shaykh Al-ʿAlwān's Gatherings, No. 92)

Читать полностью…

Galandān ގަލަންދާނު

The Messenger of Allāh (Allah honor him and grant him peace) said:

«من قال في مؤمن ما ليس فيه أسكنه الله ردغة الخبال حتى يخرج مما قال»
“Whoever said about a believer that which is not in him (i.e it is not true), Allāh will place him in Radghatul Khibāl (filthy puss of the people of Hellfire) until he retracts what he said.”


In “Al-Kashshāf ʿAn Ḍalālāti Hassani-Saqqāf” (p. 10) Shaykh Al-ʿAlwān said: “This was narrated by Abū Dāwūd and others, on the authority of Ibn ʿUmar, and it is an authentic hadith.” Al-Fulayj said: “It is Ḥasan (fair).” Dr. Ibrāhīm Al-ʿUbaykī said: “It was narrated by Abū Dāwūd and Aḥmad. It's chain of transmission is Jayyid” (A grading close to Ḥasan). Al-Ḥassanī declared it as Mawqūf.

Al-Shaykh Aḥmad Al-Ṣuqʿūb said:
“{Radghatul Khibāl}, It is said that, it is a place in Jahannam, like a waste pit where ʿUṣārah (the dirt, pus, juice, and sweat) of the people of Hell is collected. We seek refuge from Allah from such. This is an evidence of the sanctity of Muslims’ honour and the prohibition of describing them with something they are not…”

~ Galandān 🖋

Читать полностью…

Galandān ގަލަންދާނު

🎁 The Reward of Instilling a Solid Foundation of Religious Knowledge in Our Children

❝ Many people today focus their attention on the livelihood aspect, and their education is limited to the material sciences. You may even find some of them taking great care to teach their children a foreign language while they are still young. At the same time, they abandon teaching their children religion and the Arabic language. This is rejected by Islamic law and is not acceptable by reason.

It was reported in the two Saḥīḥs on the authority of Abū Mūsā al-Ashʿarī that the Messenger, may Allah bless him and grant him peace, said: (Three will receive their reward twice.) — and in it he mentioned: (A man who has a slave woman whom he disciplines and disciplines her well, and teaches and teaches her well, then he manumits her with the price as her dowry.)

If this is the case with a slave woman, then what about a child who is his own? ❞

—Al-Shaykh Al-Muḥaddith ʿAbdullah Al-Saʿd (text)

~ Galandān 🖋

Читать полностью…

Galandān ގަލަންދާނު

▶️فَإِنَّهَا لَا تَعۡمَى ٱلۡأَبۡصَٰرُ وَلَٰكِن تَعۡمَى ٱلۡقُلُوبُ ٱلَّتِي فِي ٱلصُّدُورِ◀️

1️⃣ޝަރުއީ ނަޒަރަކުން GEMCUE "ޓްރޭޑިންގ" މުޢާމަލާތުގައި ހިމެނޭ ޙަރާމް ތަކާއި މެދު ”ގަލަންދާން“ އިން ހުސްވީ އޭޕްރީލް މަހު އިނގިރޭސިބަހުން ނެރެފައިވާ ރިސާރޗް:
⬆️[ ފުރަތަމަ ބައި ]
⬆️[ ދެވަނަ ބައި ]

2️⃣މާރިޗް 6 ގައި ، ޕޮންޒީ އިސްކީމު ޙަރާމް ވުމާއި މެދު ”ގަލަންދާން“ އިން އިނގިރޭސި ބަހުން ”ޖެމްކިއު“ އާއިމެދު ނެރުނު ތަހުޒީރު (ލިޔުން)
3️⃣ ”ޖެމްކިއު“ އިސްކީމުގައި ޕޮންޒީ ޕިރަމިޑް މަސައްކަތް ކުރާ ގޮތް ދައްކުވައިދޭ ”ގަލަންދާނު“ ގެ އިންޕޮގުރެފިކް (ފޮޓޯ)
4⃣ ޖެނުއަރީ 13 ގައި، CFD ކޮންޓުރެކްޓްސް އިން ފޮރެކްސް ޓުރޭޑު ކުރުން ޙަރާމް ކަމުގެ މައްޗަށް ”ގަލަންދާން“ އިން އިނގިރޭސިބަހުން ނެރުނު ތަފްޞީލް ނޯޓު (އަދި މީގެ ތެރޭގައި ”ޖެމްކިއު“ އިސްކޭމް އެޕްގެ ޔޫސާ އެގްރީމަންޓުގައި ބަޔާންވެފައިވާ ”ފިޔުޗާސް“ އަކީ ޙަރާމް އެއްޗެއްކަން ބަޔާންވެފައިވާނެ (ލިޔުން)

5⃣މިމައްސަލާގައި ތަހުޒީރުކޮށް: ”އޭގެ ޙުކުމް ނުދަނެހުރެ ޢަމަލެއް ނޫނީ ވިޔަފާރިއެއް ކުރުމުގެ ޙުކުމް“ [ދިވެހި ލިޔުން]


~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

📖 ކީރިތި ޤުރްއާނަށް ތަދައްބުރުކޮށް ފަހުމް ކުރުމަށް އެހީތެރިވެދޭ އެންމެ ރަނގަޅު ތަފްސީރު ފޮތްތަކަކީ ކޮބައިތޯއެވެ؟

الشيخ العلامة سليمان العلوان (حفظه الله)


https://monogr.ph/68500c27fb33c2c3fbb8eb85

~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

📖ތަދައްބުރު ކުރުމުގެ ތެރެއިން: ނަމާދުގައި ޤުރުއާން ތިލާވަތްކުރުމުގައި ތަސްބީޙައާއި އަޢޫޛުގެ އާޔަތް ތަކަށް މަޑުކޮށް ޛިކުރު ކުރުމުގެ ޙުކުމް

سماحة الشيخ العلامة سليمان العلوان (حفظه الله)

🔗https://monogr.ph/684dc1d16af0cb37647e141c

~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

📖 ޤުރުއާން ތަދައްބުރު ކުރުމަށް އޮތް ގޮތް ތަކަކީ ކޮބައިތޯއެވެ؟

الشيخ العلامة سليمان العلوان (حفظه الله)

🔗https://monogr.ph/68499d4cd4f693668ebc109a

~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

_②_
4⃣ހަތަރުވަނަ މަޛުހަބަކީ: މުސްލިމުންގެ ތެރެއިން އެމީހަކަށް ކަށުނަމާދު ކުރެވިފައި ނުވާ މީހަކަށް މެނުވީ ޣައިބަށް ކަށުނަމާދު ނުކުރެވުމެވެ. މިޘާލަކަށް ކަނޑަށް ޣަރަޤުވެ އޭނާގެ ހަށިގަނޑު ނުހޯދިފައިވާ މީހެކެވެ. ނުވަތަ އެއްކޮށް އަނދައި އޭނާގެ ނިޝާނެއް ފެނިފައިނުވާ މީހެއް ފަދައެވެ. ނުވަތަ އެމީހެއްގެ ހަށިގަނޑު ހަވާލުކުޅައުމަށް ކާފަރުން ދެކޮޅުހަދާފައިވާ އެވެރިންގެ އަތްދަށު ނިޔާވެފައިވާ މުސްލިމު އަސީރެއް ފަދައެވެ. އަދި މިފަދަ ޙާލަތްތަކެވެ.

ވީމާ، މިބައިމީހުންގެ މައްޗަށް ⌝ޣައިބަށް⌜ ނަމާދު ކުރެވެވެ. އެހެނީ އެވެރިން މައްޗަށް ނަމާދު ކުރެވިފައި ނުވާތީއެވެ. އަދި މައްޔިތެއް މައްޗަށް ކަށުނަމާދު ކުޅައުމީ ފަރުޟު ކިފާޔަތެއް ކަމުންނެވެ. އަދި މިނޫން ބަޔެއްގެ މައްޗަށް ⌝ޣައިބަށް⌜ ނަމާދު ކުރުމެއް ނުވެއޭ އެވެ.

އަދި މިއީ ⌝މިމައްސަލާގައި ހިމެނޭ⌜ މަޛުހަބުތަކުގެ ތެރެއިން އެންމެ ޞައްޙަކަން ބޮޑު އަދި ⌝ދަލީލުގެ ގޮތުން⌜ ވަރުގަދަ ރައުޔެވެ. އަދި ދެޞަޙީޙުގަޢިވާ އައްނަޖާޝީ އާއިމެދުގައި އޮތް އަބޫ ހުރައިރާގެ ޙަދީޘު ނެގެވުން ވަނީ މިމާނައިގެ މައްޗަށެވެ. އެހެނީ ބޮޑަށް ގާތީ އެކަލޭގެފާނުގެ މައްޗަށް ކަށުނަމާދު ކުރެވިފައި ނުވުމާއިއެވެ.

ބުނެވިއްޖެނަމަ: އެތަނުގައި މުސްލިމުން ތިއްބޭ،

އޭގެ ޖަވާބަކީ: އާއެކެވެ. އެތާނގައި މުސްލިމުން ތިއްބެވެ. އެހެނީ ދައުލަތެއްގެ ވެރިޔަކީ މުސްލިމެއް ކަމުގައި ވެފައި، އޭނާ އާއި އެކު މުސްލިމެއް ނެތުމަކީ ނާދިރުކަމެކެވެ. އެހެނަސް ފަހަރެއްގައި މައްޔިތާއަށް ނަމާދު ކުރުމުގެ ފިޤުހު އެއުރެންނަށް ނުއެނގި އޮވެދާނެއެވެ.

އަދި މިއީ މި ނުކުތާއަށް އޮތް އެންމެ ރަނގަޅު ޖަވާބެވެ.

މިއީ މިމައްސަލާގައިވާ ޤަޥްލުތަކުގެ ތެރެއިން އެންމެ ޞައްޙަ ޤަޥްލު ކަމުގައި އަހަރެމެން ބުނެފައި މިވަނީ: ނަބިއްޔު ﷺ އައްނަޖާޝީ ނޫން ބޭކަލަކަށް ⌝ޣައިބަށް⌜ ނަމާދު ކުރައްވާފައި ނުވާތީއެވެ. އަދި އަޞްޙާބު ބޭކަލުން ކުރެ އެތައް ބޭކަލެއް ⌝ދުރުގައި⌜ އަވަހާރަވެފައިވެއެވެ. އެހެނަސް އެއިން ބޭކަލެއްގެ މައްޗަށް ނަބިއްޔު ﷺ ޣައިބަށް ކަށުނަމާދު ކުރައްވާފައި ނުވެއެވެ. އަދި سيد الأولين والآخرين އަހަރެމެންގެ ނަބިއްޔު، މުޙައްމަދު ﷺ އަވަހާރަވިއެވެ. އަދި މުސްލިމުންގެ ތެރެއިން އެއްވެސް ބޭކަލެއް އެކަލޭގެފާނަށް ޣައިބަށް ކަށުނަމާދު ކުރައްވާފައި ނުވެއެވެ. އަދި އައްނަޖާޝީއަށް އިތުރުއެކަލޭގެފާނު ﷺ ކުރެއްވި ނަމާދުފުޅުން އެއީ ކޮންމެ މައްޔިތެއްގެ މައްޗަށްވެސް އޮތް އެއްޗެއް ކަމުގައި، ނުވަތަ ހާޒިރުވެ ތިބީން ނަމާދުކޮށްފައިވާ މީހެއްގެ މައްޗަށް ނަމާދުކުރުން ޝަރުޢުވެގެން ވާކަމުގެ މައްޗަށް، އަޞްޙާބު ބޭކަލުންނަށް ފަހުމްވެ ވަޑައިގެންނެވީހީ ނަމަ، އެބޭކަލުންވެސް އެނަމާދު ކުޅައުމަށް އަވަސްވެ ވަޑައިގަތީހެވެ. އެހެނީ އެބޭކަލުންނީ ހެޔޮކަންކަމަށް އެންމެ ހުށިޔާރުވެލެއްވި ބޭކަލުންނެވެ.

އަދި އަލްޚުލަފާއުއްރާޝިދީންގެ ހަތަރު ބޭކަލުން އަވާހާރަވިއެވެ. އެއިން އެއްވެސް ބޭކަލެއްގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރެވިފައި ނުވެއެވެ. އަދި އަމީރުލް މުއުމިނީން މުޢާވިޔަތުގެފާނު އަވަހާރަވިއެވެ. އަދި އެކަލޭގެފާނުގެ މައްޗަށް ޣައިބަށް ކަށުނަމާދު ނުކުރެވެއެވެ. އަދި އަމީރުލް މުއުމިނީން ޢުމަރު ބުނު ޢަބްދުލް ޢަޒީޒު އަވަހާރަވިއެވެ. އަދި އެއްވެސް ބޭކަލަކު އެކަލޭގެފާނަށް ޣައިބަށް ކަށުނަމާދެއް ނުކުރައްވައެވެ. ވީމާ ⌝މުސްލިމުންގެ⌜ ފުރަތަމަ ޤަރުނުގައިވެސް އަދި ދެވަނަ ޤަރުނުގައިވެސް، ޣައިބަށް ކަށުނަމާދު ކުރުމުގެ ކަންތަކަކީ އެނގޭންނެތް އެއްޗެއް ކަމުގެ މައްޗަށް މިއިން ދަލީލުކުރެއެވެ. އަދި މިބޭބޭފުޅުންނީ މިމައްސަލަތަކުގައި ތަބަޢަވުން މިޘާލެއްގޮތުގައިވާ ބޭފުޅުންނެވެ. އަދި ޢަމަލީ ގޮތުން ކަންތައް ކުރެވޭ ގޮތީ ދަލީލު ޘާބިތު ކުޅައުމުގައި އެންމެ ވަރުގަދަ ގޮތްތަކުގެ ތެރެއިން ގޮތެކެވެ. އެއީ ޢަޞްޙާބު ބޭކަލުންގެ އަރިހު ކަންހިނގާފައި އޮތް ގޮތަށް ބެލުމެވެ. އެބޭކަލުން އެކަންކަން ކުރެއްވިތޯ ނުވަތަ ނޫންތޯއެވެ؟

އެހެންކަމުން އެބޭކަލުން އެކަންތައް ނުކުރައްވާނަމަ، ނައްޞު ފަހުމް ކުރުން ވަނީ އެބޭކަލުން އެކަން ނުކުރެއްވުމުގެ މައްޗަށެވެ. އެބޭކަލުން އެކަންތައް ކުރެއްވިނަމަ، ނައްޞު ފަހުމް ކުރުން ވަނީ އެބޭކަލުން އެކަން ކުރެއްވިކަމުގެ މައްޗަށެވެ. އަޞްޙާބުބޭކަލުން رَضِيَ ٱللَّٰهُ عَنْهُم އެމީހެއްގެ ނިޝާނެއް ނުހޯދިއްޖެ މީހަކަށް މެނުވީ صلاة الغُيَّب އަދައުކުރައްވާފައެއް ނުވެެވެ. އަދި ⌝މިޒަމާނުގައި މިކުރެވޭހެން⌜ މިކަންތައް ކުޅައުމަކީ އެބޭކަލުންގެ ޒަމާނުގައި ފެންނާންނެތް އެއްޗެކެވެ. އޮގޮތުން އަހަރެމެން ބުނަމެވެ: އެބޭކަލުން އެކަން އެގޮތަށް ކުޅައުމުން މަނައުވެލެއްވީ ކީއްވެބާއެވެ؟

އެހެނަސް މީހަކު މަރުވެ އޭނާ މައްޗަށް މުސްލިމުން ކަށުނަމާދު ކޮށްފިނަމަ، އެމީހެއްގެ މައްޗަށް ކަށުނަމާދު އެބޭކަލުން ނުކުރައްވައެވެ.

ވީމާ މިއީ ޤަވްލުތަކުގެ ތެރެއިން އެންމެ ރާޖިޙު އަދި އެންމެ ވަރުގަދަ އަދި އެންމެ ޞައްޙަކަން ބޮޑު ޤަޥްލެވެ.


— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން (ثبته الله)
~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

⚠️Ruling on Collecting Donations from Friends (or Family) of the Deceased for a Charitable Project

Question: May Allah bless you. The questioner states: A colleague at work died suddenly while he was healthy. Is it in accordance with the Sunnah to collect money (as a charity) for him and invest it in building a mosque or digging a well in his name?

Answer
“No, no. You should make duʿā for him. Whoever wants to do him a favor by offering him charity should do so privately. However, do not invite people to do this. Do not say to them, "O people, come and let’s donate to him." If you have a desire to do him a favor, just donate without inviting others.”

— Shaykh ʿAbdur-Raḥmān Al-Barrāk (source)
~ Galandān 🖋



-----------------------
[Notes] Likewise, Shaykh Al-ʿUthaymīn was asked about collecting funds for such a project, and he replied: “...As for this method that you mentioned, that funds are collected for the deceased and put into a property that is considered charity, I do not see this as appropriate; I do not see this as appropriate [in terms of Sunnah]. Verily, amongst the Companions, may Allah be pleased with them, there were great men who died and upon whom the Ummah had a right, including the caliphs and others, and they did not collect donations for them in order to give charity on their behalf...” (Source) As for Al-Fawzān he said that this matter is “a bidʿah.” (Source). And ʿAzīz bin Farḥān Al-ʿAnzī replied similarly, saying “This, in reality, was not what the Salaf were upon. The Prophet (peace and blessings be upon him) was not upon this. This did not come about except in recent times, with the start of social media platforms.” (Eng/Source)

Читать полностью…

Galandān ގަލަންދާނު

ޝެއިޚުލް އިސްލާމް، އިބްނު ތައިމިއްޔާ ވިދާޅުވިއެވެ:

❞ ޞާލިޙު އަންބެތް އޭނާގެ ފިރިމީހާ —ޞާލިޙު ފިރިހެނާ އާއި އެކު — ޞާޙިބުވެ އެތަކެއް އަހަރު ހުރެއެވެ. އެއަކާއި މެދު ރަސޫލު ﷲ ”ހިތްހަމަޖެހުމޭ“ ޙަދީޘު ކުރެއްވި ހިތްހަމަޖެހުމަކީ މިކަނބުލޭގެއެވެ.

ޙަދީޘު ކުރެއްވީ: ( الدنيا متاع ، وخير متاعها المرأة المؤمنة ، إن نظرت إليها أعجبتك ، وإن أمرتها أطاعتك ، وإن غبت عنها حفظتك في نفسها ومالك ) ((ދުނިޔެއަކީ (ވަޤުތީ) ހިތްހަމަޖެހުމެކެވެ. އަދި އޭގައިވާ އެންމެ ހެޔޮ ހިތްހަމަޖެހުމަކީ މުއުމިނު އަންބެވެ. އެކަނބުލޭގެއަށް ތިބާ ނަޒަރު ހިންގައިފިތަ؟ އެކަނބުލޭގެ ތިބާ ޢަޖާއިބުކުރުވައެވެ. ތިބާ އަމުރެއްކޮށްފިތަ؟ ކިޔަމަންގަނެތެވެ. އެކަނބުލޭގެއަށް ނުފެންނަ ތަނަކު ވެއްޖެނަމަ، ނަފުސުގައި ތިބާ (އެބަހީ: ތިބާގެ ޙުރުމަތް) ރައްކައުތެރިކޮށް ތިބާގެ މުދަލަށް ސަމާލުވެއެވެ.))

މުޙާޖިރިއްޔަ ބޭކަލުން އަތްގާތްކުރާނޭ މުދަލަކާއިމެދު ސުވާލުދެންނެވުމުން ނަބިއްޔާ އެއަކަށް އަމުރުކުރެއްވި އަމުރަކީވެސް އެކަނބުލޭގެއެވެ.

ޙަދީޘް ކުރެއްވިއެވެ: ( لساناً ذاكراً ، وقلباً شاكراً ، أو امرأة صالحةً تعين أحدكم على إيمانه ) ((ޛިކުރު ކުރާނޭ ދުލަކާއި، ޝުކުރު ކުރާނޭ ހިތެކެވެ. ނުވަތަ ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ އީމާންކަމަށް އެހީތެރިވެދޭނެ ޞާާލިޙު އަންބެކެވެ.)) ރިވާކުރެއްވީ ސާލިމު ބުނު އަބުއް ޖަޢުދުގެ ޙަދީޘް ތަކުން ޘަޥްބާންގެފާނުގެ އަރިހުން އައްތިރުމިޛީ އެވެ.

އަދި ﷲ تعالى އެއިލާހުގެ މަތިވެރި ފޮތުގައި ލެއްވި ރަޙުމާއި ލޯބި، އެކަނބުލޭގެފުށުން ލިބިލިބިހުރެއެވެ. އެހެންކަމުން، ބައެއްފަހަރަށް ފިރިމީހާ އާއި ވަކިވުމީ، މަރުވުމަށްވުރެ ވެސް އެކަނބުލޭގެއަށް ރިހުން ބޮޑު ކަމެކެވެ. މުދައުތައްގެއްލި (މަގުމަތިވެ) އާއިލާއާއި ވަކިވުމަށްވުރެންވެސް ވޭންދެނިވިއެވެ. ވަކިން ޚާއްޞަކޮށް އެއިން އެކަކުގެ ފުށުން އަނެކަކަށް ފުން ގުޅުމެއް އޮވެއްޖެ ހިނދުގައެވެ. އަދި އެވަކިވުމުގެ ސަބަބުން އެކުދިންގެ ޙާލަތަށް އަސަރުކޮށްގެންދާނޭ ދަރިންތަކެއް އެދެމެދުގައި ވެއްޖެ ހިނދުގައެވެ.❝


" مجموع الفتاوى " ( 35 / 299 )

~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

🖋
‏الله أكبر الله أكبر
لا إله إلا الله
الله أكبر الله أكبر
ولله الحمد

ليس ‎العيد لمن لبس الجديد
ولكن العيد لمن حقق ‎التوحيد
واستعد ليوم الوعيد

تقبل الله طاعتكم
وكل عام وأنتم بخير

نسأل الله تعالى أن يعيده علينا وعليكم وعلى أمة الإسلام بالعز والنصر والتمكين والتوفيق لنا ولكم إلى مايحب ربنا ويرضى وأن يجعل هذا ‎العيد بشير خير ونصر وبركةعلى الأمةالإسلامية وأن يفرج عن إخواننا في ‎عزة ويفك قيد أسرانا في كل مكان

Читать полностью…

Galandān ގަލަންދާނު

اللَّهُ أَكْبَرُ ، اللَّهُ أَكْبَرُ ، لَا إلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ ، اللَّهُ أَكْبَرُ، وَلِلَّهِ الحَمْدُ

اللهُمَ أنْصُرْ الاسْلَمُ وَالْمُسْلِمِينَ
اللهُمَّ أَعِزَّ الإِسْلامَ وَالمُسْلِمِينَ،

اللهُمَّ أَعِزَّ الإِسْلامَ وَالمُسْلِمِينَ، وَأَذِلَّ الشِّرْكَ وَالمُشْرِكِينَ وَدَمِّرْ أَعْدآءَ الدِّينِ وَاحْمِ حَوْزَةَ الإسْلامِ يَا رَبَّ العَالَمِينَ

اللهُمَّ انْصُرْ دِينَكَ وَكِتَابَكَ وَسُنَّةَ نَبِيِّكَ وَعِبادَكَ المُوَحِّدينَ

اللهُمَّ فُكَّ قَيْدَ أَسْرَانَا وَأَسْرىَ المُسْلِمِينَ، اللهُمَّ فُكَّ قَيْدَ أَسْرَانَا وَأَسْرَى المُسْلِمِينَ، اللهُمَّ فُكَّ قَيْدَ أَسْرَانَا وَأَسْرَى المُسْلِمِِِينَ، وَرُدَّهُمْ إِلُى أَهْلِهِمْ سَالِمِين

Читать полностью…

Galandān ގަލަންދާނު

ރޯދަޔަށް ނިޔަތް ގަތުމަކީ ކޮބާ؟

❞...ނިޔަތް ޤަތުމުގެ ކަންތަކީ ވަރަށް ލުއި ކަމެކެވެ. އެހެންކަމުން އެކަމަކަށް ބޮޑު މަސައްކަތެއް ބޭނުންވެގެން ނުވެއެވެ. އޭގެ އަނެއްދުވަހު ރޯދަޔަށް ހުރުމަށް ރޭގަނޑުގެ ބައިތަކުން ކޮންމެ ބަޔެއްގައިވިޔަސް ޢަޒުމު ކަނޑައަޅައިފިނަމަ، ނިޔަތް ޤަތުމުގެ ވާޖިބު އެއިން ފުދުނީއެވެ.

އެއީ ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ، الاختيارات ގައި ވިދާޅުވި ފަދައިންނެވެ:

”މާދަމާ ރޯދައަށް ހުންނާނަމޭ އެމީހެއްގެ ހިތަށް އަރުވައިލައިފި މީހެއް، އެހެރީ ނިޔަތް ގަނެފައެވެ.“ اهــ.

ވީމާ ރޭގަނޑުގައި މާދަމާ ރޯދަޔަށް ހުންނާނޭ ކަމަށް ހިތަށް އަރައިފި ނަމަ، އެހުރެވުނީ (ނިޔަތް ގަތުމުގައި) ތިބާ މައްޗަށް ވާޖިބުވެގެންވާ ކަންތައް ކޮށްފައެވެ. ރޯދަޔަށް ހުރުމަށް ހަކަތަ ހޯދުމަށްޓަކައި ހާރުކައިފި މީހާ ނޫނީ އެއްޗެއް ކައިފި ނޫނީ ބޮއެފި މީހާވެސް ވަނީ ހަމަ މިފަދައިންނެވެ. (ނިޔަތް ގަނެވިފައެވެ.)...❝


— ފަތުވާ ނަންބަރު 126929 (އިސްލާމްވެބް)
~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

📢 މާދަމާ އަކީ ޢަރަފާތް ދުވަހެވެ. އެދުވަހުގެ ރޯދަޔަށް ހަނދުމަ ކޮށްދެމެވެ!


ނިޔަތްގަތުން ވަނީ މިރެއެވެ. އެންމެ ލަސްވެގެން ފަތިސް ވުމުގެ ކުރިން ޢަރަފާތް ދުވަހުގެ ރޯދަޔަށް ނިޔަތް ގަންނަންޖެހޭ ނެއެވެ.

⚠️ނިޔަތް ނުގަނެވިއްޖެ މީހާ، ރޯދަ ގެއްލޭ ކަމެއް ނުކޮށް ހުރެއްޖެނަމަ، އެދެވިގެންވަނީ ސުންނަތް ރޯދައެއް ގޮތުގައި ޢަރަފާތްދުވަހުގެ ހެނދުނު ނިޔަތް ގަނެ ރޯދަޔަށް ހުރުމެވެ.

ޤަޟާއު ރޯދައިގެ ނިޔަތާއި ޢަރަފާތް ދުވަހުގެ ސުންނަތް ރޯދައިގެ ނިޔަތް އެއް ނުކުރެވޭނެއެވެ. [ ޢ ] ޠ ]

~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

ސުވާލާއިޖަވާބު


ސުވާލު: ޒިނޭ ކުރާ މީހެއްގެ ފޮޓޮއެއް ފަދަ— ތަޞްވީރެއް، ޙުކުމެއް ޘާބިތު ކުރުމަށް ފުދޭނެހެއްޔެވެ؟

ޖަވާބު: އެ ފުދިގެންވަނީ ޤަރީނާއެއްގެ ގޮތުގައެވެ. ދަލީލެއް ގޮތުގައެއް ނޫނެވެ.

— އަލްޢަލްވާން (ބަސްކޮޅު)
~ ގަލަންދާނު 🖋

Читать полностью…
Subscribe to a channel