qalandhar | Unsorted

Telegram-канал qalandhar - Galandān ގަލަންދާނު

2463

ޢިލްމު އަދި އެއަށް ލޯބިކުރާ ދަރިވަރުންނަށް Notes by, ibn Fahmī Dīdī عفا الله عنه Friends & family 🤖 Contact: @galandan_bot 🌐 English: @galandaan

Subscribe to a channel

Galandān ގަލަންދާނު

ޚުލާޞާ: އައްތަޙިއްޔާތުގައި ޝަހާދަތް އިނގިލިން "އިޝާރާތް ކުރުން" އަދި އޭގެ ޞައްޙަ ޞިފަ 🆕

(ފޮޓޯ HD ކޮށް ޝެއަރ ކުރައްވާ)

~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

⬆️ އެއިލާހުގެ ދީނުގެ މައްޗަށް ޣައިރަތްތެރިވުމަށް، ﷲ ލޯބިވެވޮޑިގެން ވެއެވެ. އަދި އެއަށްޓަކައި ލޭހޫނުވުން ވެސް މެއެވެ.

⬆️އަދި އެކަމުގެ ތަޅުދަނޑިއަކީ:
⬆️އެއިލާހަށް އިޚްލާޞްތެރިވުމެވެ.

⬆️އަދި އެކަމުގެ މަގަކީ:
⬆️ހަވާނަފްސުގެ އެދުންތަކުން ނަފްސު ކަނޑުވައިލުމާއި
⬆️ހިދާޔަތަށް ތަބަޢަވެ ހުރުމުގައި ތެދުވެރިވުމާއި
⬆️(ނަފްސުގެ ގަދަހެދުމުގެ މައްޗަށް ﷲއަށް) ކިޔަމަންގަތުމުގެ ހިތި ބުއިމާއި
🔤(އަމުރުފުޅަށް) ފުރިހަމަޔަށް އަމާންދީ އެ ހިތި ފިލުވުމާއި
🔤ޚަލްޤުތަކުންނަށް ނުލާހިކު ހެވަށް އެދުމާއި
🔤ﷲ ޙަރާމް ކުރެއްވި ކަންކަމުގައި އެވެރިން ހޭކުމަށް އެހާމެ ނަފުރަތުކުރުމާއި
🔤އެވެރިންނަށް ހިދާޔަތް ލިއްބައިދިނުމުގައި ބުރައުފުލުމާއި
⬆️އެވެރިންނަށް އިރުޝާދު ދިނުމުގައި ތިމާގެ ނަފްސު (އޭގެ ބޮޑާކަމާއި ކިބުރުވެރިކަމުން ތިރިކޮށް) މަޑުމޮޅިކުރުވުމެވެ. ❝


— ޞާލިޙް އަލްޢުޞައިމީ (ބަސްކޮޅި)
~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

🔗 ޙަރާމް އެކުލެވޭ ފަތުރުވެރި ކަމުގެ ދާއިރާގައި މަސައްކަތް ކުރުމާއި އެފަދަ ތަންތަނާއި އެކު ވިޔަފާރި މުޢާމަލާތް ހިންގުމާއިމެދު 11 ފަތުވާ އެއް (ކިޔައިލުމަށް)
~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

⚠️ އޭގެޒާތުގައި ހުއްދަ ވިޔަފާރިއެއް، ފަތުރުވެރިކަމުގެ ސިނާޢަތުގައިވާ ރިޒޯޓަކާއި އެކު ކުރުމުގެ ޙުކުމް
—①—

ސުވާލު: އަހަރެންނަކީ އުރުދުންގައި އޭސީ މަސައްކަތް ކޮށް އުޅޭ މީހަކީމެވެ. އަހަރެންގެ މަސައްކަތަކީ އޭސީ ޔުނިޓުތައް ހަރުކުރުމާއި އެއާއި ގުޅިފައިވާ ހޮޅިތައް އެޅުމެވެ. ތަފާތު ބައިތައް އެކުލެވޭ ފަސް ތަރީގެ ޓުއަރިސްޓު ހޮޓަލަކަށް މިމަސައްކަތް ކޮށް ދިނުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟ އެއީ ގެސްޓު ހައުސް ބިލްޑިންގާއި ރެސްޓޯރެންޓް ތަކެވެ. އަދި އެއިން ބައެއް ރެސްޓޯރެންޓް ތަކުގައި ރާ ވިއްކެއެވެ. އަދި އެތަންތާގައި ސުވިމިން ޕޫލުތައްވެސް އެކުލެވެއެވެ. އޭގައި ހިލޭ ފިރިހެނުންނާއި އަންހެނުން މަސްހުނިވުން މަނައުނުވެއެވެ. އަހަރެންގެ ސުވާލަކީ... މި ޕުރޮޖެކްޓު ގައި ބައިވެރިވެ އޭސީ ސިސްޓަމް ހަރު ކުރުމަށް އަހަރެންނަށް ހުއްދަވެގެންވޭ ހެއްޔެވެ؟ މީގެ ޖަވާބަކަށް އުއްމީދުކުރަމެވެ. އެހެނީ މިކަމުގައި ކުރިޔަށް ދިޔުމަށް އަހަރެން ގޮތް ނިންމާނީ އޭރުންނެވެ. جزاكم الله كل خيرا، އަދި މި ސުވާލުގެ ޖަވާބަކީ ކޮންޓުރެކްޓާއި ކޮންސްޓްރަކްޝަން ގައި މަސައްކަތް ކުރާ އެތަކެއް މުސްލިމުންނަށް އޮޅުން އަރާފައިވާ ސުވާލެކެވެ. އަދި އެބައިމީހުންގެ ހިތްތަކަށް ލުއި ގެނުވާނެ ޖަވާބަކަށް އެވެރިން އިންތިޒާރުގައި ވެއެވެ.


ޖަވާބު:

الحمد لله، والصلاة والسلام على رسول الله، وعلى آله وصحبه، أما بعد:

ފެހެ ބަޔާން ވެވުނު ފަތުރުވެރިކަމުގެ ސައިޓުތަކުގައި ފާޅުކަން ބޮޑީ، ﷲ އަށް އުރެދުން ތަކުގައި ބޭނުން ކުރެވުން ނަމަ، އެތަންތަނުގައި އެއްވެސް އެއްޗެއް ބިނާކުރުމާއި، މަރާމާތުކުރުމާއި، އިންސްޓޯލްކުރުމުގައި ބައިވެރިވުމަކީ ވެސް ހުއްދަ ކަމެއް ނޫނެވެ. އެއީ އޭގައި އުރެދުންތަކަށް އެހީފޯރުވުން އެކުލެވޭތީއެވެ.

އިބްނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ:

”އިމާމް އަޙްމަދު ވިދާޅުވިއެވެ: ރަސޫލު ﷲ ﷺ ވަނީ ފިތުނައިގެ ތެރޭގައި ހަތިޔާރު ވިއްކުން ނަހީ ކުރައްވާފައެވެ. އަދި އޮޅުމެއްނެތި އެނގިގެންވަނީ އެޙާލަތުގައި އެވިޔަފާރި ކުރުމީ ފާފައާއި ޢުދުވާނަށް އެހީތެރިވުން ހިމެނެއެވެ. އަދި ﷲ އަށް އުރެދުމަށް އެހީ އެކުލެވޭ ކޮންމެ ވިޔަފާރިޔަކާއި މަޖޫރީ އަކާއި ކޮންޓްރެކްޓެއް މި މާނައިގެ ތެރެއަށް ވަދެއެވެ. އެއީ ކާފަރުންނާއި ބާޣީންނަށް ހަތިޔާރު ވިއްކުން ފަދައެވެ. ނުވަތަ އެތަނެއްގައި ފާފަވެރި ވިޔަފާރިއެއް ހިންގާނޭ ފަރާތަކަށް އެމީހެއްގެ ގެ ނޫނީ ފިހާރަ ނޫނީ (ދުވަހު ކުއްޔަށް ދޭ) ހޮޓާ ދިނުން ފަދައެވެ. ނުވަތަ ﷲ އަށް އުރެދުމުގައި އުށްބައްތި ބޭނުންކުރާ ފަރާތަކަށް، އުށްބައްތި ވިއްކުން ނޫނީ ކުއްޔަށް ދިނުން ފަދައެވެ. އަދި މިނޫން މިފަދަ ﷲ ނުރުއްސަވާ ކޯފާވެވޮޑިގެންވާ ކަންކަމަށް އެހީތެރިވުން ވާ ކަންކަމެވެ.“
— ބަސްކޮޅު ނިމުނީ.

ވީމާ ﷲ އަށް އެއިން އުރެދޭ ފަރާތަކަށް އުށްބައްތި ވިއްކަން ނޫނީ ކުއްޔަށްދިނުން މަނާވެގެން ވާނަމަ، އެއިން ﷲ تعالى އަށް އުރެދޭ ފަރާތަކަށް އޭސީ ހަރުކޮށްދިނުން ނޫނީ މަރާމާތުކޮށްދިނުންވެސް ހުއްދަވެގެން ނުވެއެވެ.

އައްޝާފިޢީ މަޛުހަބުގައި ވާގޮތުން، މަރުވާ މީހުންނަށް އަޑު ހަރުކޮށް ރޮއެހޭރި ހަނދުމަކުރުމަށް (ޢަރަބިންތެރޭ) ބާއްވާ ޙަފުލާ ތަކަށް ކާން ހަދައި ދިނުމަކީ ޙަރާމް ކަމެކެވެ. އެހެނީ އުރެދުމަކަށް އެހީދިނުން ކަމުގައި ވާތީއެވެ. ”އައްދުރަރުލް ބަހިއްޔާ“ ގައި ވެއެވެ:
”ރޮއެހޭރޭ ޙަފުލާއަށް ކައްކައިދިނުމަކީ ޙަރާމްވެގެންވާ ކަމެވެ. އެހެނީ އެއީ އުރެދުމަކަށް އެހީތެރިވެދިނުމެކެވެ.“
—ބަސްކޮޅު ނިމުނީ.

އަދި އޮޅުމެއް ނެތި އެނގޭ ފަދައިން، ރޮއެހޭރޭ މީހުންގެ އުރެދުން ބިނާ ވަނީ އެމީހުންނަށް ދެވޭ ކާނާއެއްގެ މައްޗަކަށް ނޫނެވެ. އެހެނަސް ކާތަކެތި މަނަޢު މިވަނީ އެއީ އެ އުރެދުމަށް އެއްބާރުލުން ދޭ އެއްޗެއް ކަމުގައި ވުމުންނެވެ. އަދި ﷲ تَعَالى އަށް އުރެދޭ ތަނެއް މަރާމާތު ކުރުންވެސް ވަނީ ހަމަ މިބީދާއިންނެވެ. އެކަން ހުއްދަވެގެން ނުވެއެވެ. އަދި މިއީ އަސާސީ ޙުކުމެވެ... އިތުރަށް އަންނަނިވި ފަތުވާ ތަކަށް ރުޖޫޢަ ވާށެވެ: 47489 ، 54504، 54828.❝ “

— މިހިސާބަށް، އިސްލާމްވެބް ގެ ފަތުވާ 71861 ގެ ފުރަތަމަ ސުވާލުގެ ތަރުޖަމާ ނިމުނީ.

~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

ޢާޝޫރާ ދުވަހުގެ ރޯދަ | ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

🎁🎁

މޮޅުއިތުރީ މުޙައްރަމް 10 (ޢާޝޫރާ ދުވަހު) ގައި ރޯދަ ހިފާއިރު، އޭގެ ކުރީ ދުވަސް (9 މުޙައްރަމް) އާއި އެކު ރޯދަ ހިފުމެވެ.

☝️އެހެނަސް ޢާޝޫރާ ދުވަހުގައި އެކަނި (އެބަހީ: މުޙައްރަމް 10 ގައި އެކަނި) ރޯދަ އަށް ހުރުން ހުއްދައެވެ. އަދި ޙަދީޘުގައިވާ ޢާޝޫރާ ދުވަހުގެ ރޯދައިގެ މަތިވެރިކަން އެއިން ޙާޞިލުވެއެވެ.

⚠️ސުވާލަކީ: މިއަހަރު ގެ މުޙައްރަމް 10 މިވަނީ ހޮނިހިރު ދުވަހަކަށް ވުމުން، އެދުވަހުގައި އެކަނި ރޯދައަށް ހުންނަން އެދޭ މީހާ، ހޮނިހިރު ދުވަހުގައި ވަކިން ރޯދަ ހިފުން މަނައު ކަމަށް އޮންނަ ޙަދީޘާއި މެދު ޢަމަލު ކުރުން ވަނީ ކިހިނަކުންތޯއެވެ؟

ޖަވާބު: ހޮނިހިރު ދުވަހު ވަކިން ރޯދަ ހިފުން މަނައުކަމަށް އޮންނަ ރިވާޔަތާއިމެދު، ރާޖިޙު ޤަޥްލަކީ އެޙަދީޘު ބަލިކަށިވުމެވެ. އަދި އަހަރެމެން ވާނީ އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން ގެ ފަތުވާއެއް މިކަމުގައި ކުރިން ގެނެސް ދީފައެވެ. ވީމާ ތަފްޞީލަށް އެފަތުވާއަށް ރުޖޫޢާ ވާށެވެ. الله أعلم.

~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

ޢާޝޫރާ ރޯދައިގެ ހަރުފަތްތައް

❞ ނަބިއްޔު (ﷺ) ޢާޝޫރާދުވަސް (ރޯދަހިއްޕެވުމަށް) އެކަހެރިކުރެއްވިކަން ޘާބިތެވެ. އަދި މައްކާއިން މަދީނާއަށް ވަޑައިގެންނެވީއްސުރެ ﷲ عز وجل އެކަަލޭގެފާނު މަރުގެންްނެވުމާއި ހަމައަށްވެސް އެކަލޭގެފާނު (އެރޯދަޔަށް) ޢާޝޫރާއު ދުވަސް އެކަނި އެކަހެރިކުރެއްވިއެވެ. އަދި އަވަހާރަވުމުގެ ކުރިން، (ޞަޙީޙް) މުސްލިމް ގައިވާ ރިވާޔަތުގައިވާފަދައިން، ޙަދީޘް ކުރެއްވިއެވެ:
«لَئِنْ بَقِيتُ إِلَى قَابِلٍ لأَصُومَنَّ التَّاسِعَ» ”އަންނަންއޮތް އަހަރުގައި ތިމަން ނަބިއްޔާ ދުނިޔޭގައި ދެމިހުރެއްޖެނަމަ، 9 ވަނަ ދުވަހުގައި ރޯދައަށް ހުންނަވާނަމެވެ.“

އެހެނަަސް އަނެއް އަހަރާއި ހަމައަށް އެކަލޭގެފާނު ދުނިޔޭގައި ދެމިނުހުންނަވައެވެ.

އަދި ޢަބްދުއް ރައްޒާޤު "މުޞައްނަފް" ގައި، ޞައްޙަ ސަނަދަކުން ރިވާކުރެއްވިއެވެ:
«صوموا التاسع والعاشر» (ތިޔަބައިމީހުން ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހުގައި ރޯދަހިފާށެވެ.)

އަދި މިސަނަދު ޞައްޙައެވެ.


ޢާޝޫރާގެ ރޯދާގައި އެންމެ މަތީ ހަރުފަތަކީ: ނުވައެކާއި ދިހައެކެވެ.

އެއާވިދިގެން ވަނީ ދިހަވަނަ ދުވަހު ގިނިކަންޏާ ރޯދަހިފުމެވެ. އަދި މިކަމުގައި ނުރުހުންތެރިކަމެއް ނުވެއެވެ.


⚠️ދެންފަހެ ޢާޝޫރާއު ގެ ދަރަޖަތައް ތިނެކޭ ވިދާޅުވެ، އެގާރަވަނަ ދުވަސް އޭގައި ޛިކުރު ކުރައްވާ ބޭކަލުންގެ ބަހާއިމެދު ދަންނައެ، އެކަމުގައި ދަލީލެއް ނެތެވެ.

އެހެނީ އަލްމުސްނަދުގައި ވާރިދުވެފައިވާ ރިވާާޔަތް: (صُومُوا يوم عَاشُورَاءَ وَخَالِفُوا فيه الْيَهُودَ وصوموا قَبْلَهُ يَوْماً أو بَعْدَهُ يَوْماً) “ތިޔަބައިމީހުން ޢާޝޫރާ ދުވަހު ރޯދަ ހިފާށެވެ. އަދި ޔަހޫދީންނާ ޚިލާފުވުމަށް އެދުވަހުގެ ކުރީދުވަހު ނުވަތަ ފަހު ދުވަހު ރޯދަ ހިފާށެވެ.”

މިރިވާޔަތް މުންކަރެވެ. ⁽¹⁾

އޭގައި ތަފައްރުދު⁽²⁾ ވެފައިވަނީ މުޙައްމަދު ބުނު ޢަބްދުއް ރަޙްމާނު ބުނު އަބޫ ލައިލާ އެވެ. އޭނާ އާއި މެދު ޝުޢްބާ ވިދާޅުވިއެވެ: ”އޭނާ އަށްވުރެ ހަނދާނުގައި ގޯސް މީހެއް އަހަރެން ނުދެކެވެ.“ އަދި އެބަލިކަށިކަމާއިމެދު ގާތްގަނޑަކަށް ޙުއްފާޡުން (ޙަދީޘް ޢިލްމުގެ އިމާމުން) އިއްތިފާޤުވެވަޑައިގެންނެވިއެވެ.


📌މިހެންކަމުން ޢާޝޫރާއު ގެ ހަރުފަތްތައް ދޭކެވެ:
🥇 ނުވައެކާއި ދިހައެކެވެ. | ނޫނީ
🥈 ދިހައެއް އެކަންްޏެވެ. ❝


— އައްޝެއިޚް ސުލައިމާނު ބުނު ނާޞިރަލް ޢަލްވާން (ބަސްކޮޅު)

~ ގަލަންދާނު

ـــــــــــــــــــــــ
[1] މުންކަރު: މިޕޯސްޓުގެ ދެވަނަ ތަފްސީލްނޯޓު ބަލާ
[2] އެބަހީ: ރިވާޔަތް އެގޮތުގައި އައިސްފައިވަނީ ސަނަދުގެ ކުރިތަކުން އޭނާގެ ރާސްތާއިން އެކަންޏޭއެވެ.

Читать полностью…

Galandān ގަލަންދާނު

-②-
📝އަހަރެން ބުނަމެވެ:

އިސްލާމް ‘ސުވާލާއިޖަވާބު‘ ގެ ފަތުވާ 195581 ގެ ޖަވާބުގެ ތެރެއިން މިޙަދީޘު ޝަރަޙަ ކުރެއްވުމުގައި ޢިލްމުވެރިން މެދުގައި އޮތް ބައެއް ޚިލާފުތައް ނަޤުލު ކުރައްވާފައި ވެއެވެ. ފާޢިދާ އަށްޓަކައި އެއިން ބައެއް ފޮޅުވަތްތައް މިތާނގައި ޚުލާޞާކޮށް ޛިކުރުކޮށްލާނަމެވެ؛

”އިހުގެ އަދި ފަހުގެ ޢިލްމުވެރިން ތެރޭގައި މިޙަދީޘުގެ މާނައާއި މެދުވެސް ޚިލާފެއް އުފެދިފައި ވެއެވެ. އެގޮތުން އިބްނުއް ތީން ވިދާޅުވިގޮތުން އޭގެން ނިސްބަތް ކުރެއްވީ މިއަދު އެނގޭން ނެތް ވަކި ޚާއްޞަ ކަދުރު ރުކަކަށެވެ. އަދި އަލްޚައްޠާބީ ވިދާޅުވިއެވެ: މިޙަދީޘުގައި މިނަންގެންނެވީ އޭގެޒާތުގައި ކަދުރަށް ލިބިގެންވާ ޚާއްޞަ ޞިފަޔެއް ނޫނެވެ. އެއީ ވަކި މުޢައްޔަން (އަލްމަދީނާގެ) ޢަޖުވާ ކަދުރަކަށް އެކަލޭގެފާނު ﷺ ކުރެއްވި ދުޢާއެއްގެ ބަރަކާތެވެ. ”فتح الباري“ (10/239)

އަދި މިމާނައިގެ މައްޗަށް ބަލާނަމަ، އޭގެން ހެނދުނުވުމުން އެންމެންހާ ޒަހަރަކުން ލިބިދޭ ރައްކައުތެރިކަން މިއަދަށްވެސް އޮތެކޭ ބުނެވެން ނެތެވެ.

މިހެންވިޔަސް ޢިލްމުވެރިންގެ ތެރެއިން ގިނަ ބޭކަލުން މިރައްކައުތެރިކަން ޚާއްޞަ ކުރެއްވީ އަލްމަދީނާގެ ޢަޖުވާ ކަދުރަށެވެ. އެއީ އައްޠަޙާވީ ”شرح مشكل الآثار“ (14/362) އާއި، އަބޫ ޢަވާނާ ”المستخرج“ (5/189) ގައި އާއި، އަލްޤާޟީ ޢިޔާޟު ”إكمال المعلم“ (6/531) ގައި އާއި، އައްނަވަވީ ”شرح مسلم“ (14/3) ގައި ވިދާޅުވި ފަދައިންނެވެ. އަދި އަލްޤުރުޠުބީ މިއަށް އިޤުރާރުވެލައްްވައި މިޙަދީޘުގެ ދޭހަ ދެނެގަތުމަށް ތަޙުލީލު ހެދުމަށް ވިދާޅުވިއެވެ. އެގޮތުން ވިދާޅުވީ: ”ބުނަންޖެހެނީ މިއީ އަލްމަދީނާގެ ޢަޖުވާ އަށް ޚާއްޞަ ކަމަށެވެ. އެއަށްފަހު މިކަން ޚާއްޞަ ކުރެވިފައިވަނީ އެވާހަކަ ނަންގެންނެވި ޒަމާނަށް ހެއްޔެވެ؟ ނޫނީ ކޮންމެ ޒަމާނަކާ ވަޤުތަކަށް ހެއްޔެވެ؟ މިއިން ކޮންމެ ގޮތެއްގެ މައްޗަށްވެސް އެއިން ދޭހަ ނެރެވެން އެބައޮތެވެ. މި ދެއަތަށްކިރުން ނަފީ ކުރެވޭނީ ތަކުރާރުކޮށް ތަޖުރިބާ ކޮށްގެނެވެ. (ތަޙުލީލުކޮށްގެނެވެ.) އެހެންކަމުން ތަޖުރިބާކޮށް އެއިން އަހަރެމެންނަށް މިޒަމާނުގައިވެސް އެމަންފާ ވާކަމަށް ދައްކުވައިދީފިނަމަ، އަހަރެމެންނަށް އެނގިގެން ދަނީ އެޚާއްޞަ ޞިފައަކީ (ވަކިޒަމާނަކަށް ޤަޔިދުވެފައި ނުވާ) ދާއިމީ އެއްޗެއް ކަމެވެ. އަދި ގިނައިން ތަޖުރިބާކޮށްވެސް އެކަން ދައްކުވައި ނުދީފިނަމަ، އަހަރެމެންނަށް އެނގިގެންދަނީ އެއީ އެކަން ނަންގެނެވުނު ޒަމާނަށް ޚާއްޞަ ކަމެއް ގޮތުގައެވެ.“ ”المفهم“ (5/322) އިން އަލްޤުރުޠުބީގެ ބަސްކޮޅު މިހިސާބަށް.

އަދި ”المعلم بفوائد مسلم“ (3/121) ގައި އަލްމާޒަރީ ވެސް މިއާއި އެއްގޮތް ބަސްފުޅެއް ވިދާޅުވިއެވެ.

އިބްނުލް ޤައްޔިމް ވިދާޅުވިއެވެ: ”ނަންގަނެވުނު ކަދުރަކީ ވިހަތަކުގެ ތެރެއިން ބައެއް އެއްޗެއްސަށް އެ ނަފަޢަ އޮތް އެއްޗެއްކަމަށް ބުނުން ހުއްދައެވެ. އެހެންކަމުން އެއީ العام المخصوص އެއްޗެހި ތެރެއިން ހިމެނޭ ޙަދީޘެކެވެ. (އެބަހީ އޭގައިވާ ޤަޥްލު ޢާންމު ކޮށް އޮތަސް އޭގައިވާ ޙުކުމަކީ ވަކި ޚާއްޞަ އެއްޗަކަށް ނޫނީ ބަޔަކަށް ކަނޑައެޅުފައިވާ އެއްޗަކަށް ވުމެވެ.) އަދި އެނަފާ އޮތީ އެބިމުގެ (އަލްމަދީނާގެ) މީސްތަކުންނަށް ވުން އަދި އެފަސްގަނޑަށް ވުން ވެސް ޖާއިޒެވެ. އެހެނަސް މިތާނގައި ބަޔާންކޮށްލަން ޖެހޭ މިޙިއްމު ކަމެއް އެބައޮތެވެ. އެއީ ބޭހުން ބަލިމީހާ އަށް މަންފަޢު ކުރުމަށް އެއިން ނަފަޢުވުން އޭނާ ޤަބޫލުކޮށް ހިތުގެއަޑިން ކަށަވަރުކުރުމީ ޝަރުޠެކެވެ. އެހެނީ އެކަމުން އޭނާގެ ޠަބީޢަތް އެކަން ބަލައިގަނެ ބަލިން ދިފާޢުވުމަށް ބާރުދެއެވެ.“ —ބަސްކޮޅު މިހިސާބަށް، ”زاد المعاد“ (4/92) އިން.

އަދި ޙާފިޡު އިބްނު ޙަޖަރު މިބަސްކޮޅު ނަޤުލު ކުރައްވައި އެހެނަސް ޚިލާފުވެލެއްވިއެވެ. އަދި ވިދާޅުވީ ޙަދީޘްފުޅުގެ ބަސްމަގަށް ބަލާއިރު އެއީ ޢާންމު ބަސްފުޅެއްކަމުގައެވެ. ”فتح الباري“ (10/240).“

މީގެ އިތުރުން އެފަތުވާގައި ފަހުގެ ބައެއް ސައިންޓިފިކް ތަޙުލީލުތަކަށް އިޝާރާތް ކުރެއްވިއެވެ. އަދި އިތުރު ތަފްޞީލަށް އެދޭނަމަ އެފަތުވާ އަށް ރުޖޫޢަވާށެވެ.


~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

⚙️ގިނަގިނައިން ރައްދުދީ ޖަދަލުކުރުމުން ދުރުވެ، ދަޢުވަތުގައި ޘާބިތުވުން

ޝެއިޚް ޢަބްދު ﷲ އައްސަޢްދު ވިދާޅުވިއެވެ:

❞...އަހަރެން (މިދިން ނަޞޭޙަތުގެ) މުރާދަކީ: ⌝ވަކިވަކި ފަތުދުންނަށް⌜ ރައްދު ދިނުމުގައި މަޝްޣޫލުވެ ނޫޅުމަށެވެ. އަދި ﷲ عز وجل ގެ މަގަށް ދަޢުވަަތު ދިނުމުގެ ކަންތަކުގައި މީހާގެ ސަމާލުކަން ބެހެއްޓުމަށެވެ. އަދި އެއްބައިވަންތަކަމަށެވެ. އަބޫ އުމާމާ ގެ ޙަދީޘް ތަކުން، صالح ސަނަދަކުން ⁽¹⁾ އަބޫ ދާވޫދު ރިވާކުރެއްވިޔެވެ:

ނަބިއްޔު ﷺ ޙަދީޘު ކުރެއްވިޔޭ: «أَنَا زَعِيمٌ بِبَيْتٍ فِي رَبَضِ الْجَنَّةِ لِمَنْ تَرَكَ الْمِرَاءَ وَإِنْ كَانَ مُحِقًّا» (އެމީހެއް ޙައްޤުގައި ހުއްޓަސް ޖަދަލުކުރުން ދޫކޮށްލައިފިނަމަ، ސުވަރުގޭގެ ބިއްދޮށުން އޭނާއަށް ގޯއްޗެއް ވުމަށް ތިމަންކަލޭގެފާނު ޖާމިނުވެވަޑައިގަންނަވަމެވެ.)
❝ — اهــ. ޢަބްދު ﷲ އައްސަޢްދު ގެ ބަސްކޮޅު މިހިސާބަށް. ނިމުނީ.


📝 އިތުރު މަޢުލޫމާތު:

⬆️(زَعِيمٌ) އެބަހީ: الضامن (ޖާމިނުވުން) ކަމެއް ބޮލުގައި އެޅުން، ޒިންމާ ދާރުވުން، ކަމަކާ ޙަވާލުވުން (ރަދީފު)
⬆️(بَيْت) "ގެޔެއް" ، އަލްޚައްޠާބީ ވިދާޅުވިއެވެ: ”މިތާގެ ގެޔެކޭ އޮތް ބަހުގެ މުރާދަކީ ގަނޑުވަރެކެވެ.“
⬆️(رَبَضِ الْجَنَّةِ) : ޖަންނަތުގެ އެންމެ ތިރިއެވެ. އަދި ރަށެއްގެ رَبَضِ އޭ ބުނެވެނީ، އެރަށް ވަށައިގެންވާ ސަރަހައްދެވެ. އަލްއަޙްވަޛީ ވިދާޅުވިއެވެ: ”ޝަހަރު ތަކުގެ ވަށައިގެން ހުންނަ ގޮވަތިތަކާއި ގަނޑުވަރުގެ ދޮށުގައި ހުންނަ ޖިފުޓިތަކާއި އެއްގޮތްކޮށް، (ޙަދީޘުގެ) ޝަރަޙަ ލިޔުއްވި ފަރާތް އެއީ (ޖަންނަތް) ވަށައިގެން އަދި އޭގެ ބޭރުންވާ ސަރަހައްދުކަމަށް ވިދާޅުވުމީ، ލުޣަވީ ގޮތުން ޞަރީޙަ ބުނުމެކެވެ. އެހެނަސް މާނާގައި ޞައްޙައެއް ނޫނެވެ. އެހެނީ ވާރިދުވެފައިވާ ތަކެއްޗާއި އެމާނަ ޚިލާފުވެ، އެއިން ބާރުދެނީ (މަގުފުރެދިފައިވާ) މުޢުތަޒިލާ އިން ބުނާފަދަ ، ދެމަންޒިލު ދެމެދުގައިވާ މަންޒިލެކެވެ. ވީމާ ރަނގަޅުގޮތަކީ އޭގެ މުރާދަކީ ޖަންނަތުގެ އެންމެ ދަށުގައި ކަމެވެ.“
⬆️(الْمِرَاءَ) : ބާޠިލު ނިޔަތެއްގައި ބަހާއި ޢަމަލުން ޖަދަލުކުރުމެވެ. އަލްޚައްޠާބީ ވިދާޅުވިއެވެ: ”އެއީ އަމިއްލަ ޖާހަށްޓަކައި ޖަދަލުކުރުމެވެ. މޮޅުކަން ދައްކައިގެން ދެބަސްވާ ފަރާތް ކައިރީ ނަފުސު އުފުލުމެވެ.“
⬆️(مُحِقًّا) : م ގެ އުބުފިއްޔާއި ق ތަޝްދީދު ކޮށް، މާނައީ: ޙައްޤުގެ މަތީ ވުމެވެ.


⬆️ފާއިދާއެއް

ޢާއިޝަތުގެފާނު އަރިހުން އަލްބުޚާރީ އާއި މުސްލިމް ރިވާކުރެއްވިއެވެ:
ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ: «أَبْغَضُ الرِّجالِ إلى اللَّهِ الألَدُّ الخَصِمُ» (ﷲ އެންމެ ނުރުސައްވާވޮޑިގެންވާ މީހުންނީ، الألَدُّ الْخَصِمُން ނެވެ.)

⬆️الألَدُّ : ގިނަގުނައިން ޒުވާބުކޮށް ޖަދަލުކުރުން
⬆️الخَصِمُ: (ޚުޞޫމާތް) ދެކޮޅުވެރިކަމާއި ޢަދާވާތް


— ގަލަންދާނު 🖋



ـــــــــــــــــــ
[1] (صالح) ، އަދި އެނޫން ތަނެއްގައި ވިދާޅުވިއެވެ: ”لا بأس بإسناده“ (މަޞްދަރު) އަދި މިދެ ބަސްފުޅުގެ ވެސް މުރާދަކީ ޞައްޙަ ކަމުގައި ޙަސަން ދަރަޖައާއި ގާތް ކުރާ އަދި އެއަށްވުރެ ކުޑަކޮށް ބަލިކަށްޓެވެ. ނުވަތަ ޤަރީނާއެއް ގޮތުގައި ނެގެވޭ އޭގެ ޒާތުގައި ޙުއްޖަތެއް ގޮތުގައި ނުބެލެވޭ މިންވަރެކެވެ. އަދި އައްޝެއިޚް އަލްމުޙައްދިޘް މުޞްޠަފާ އަލްޢަދަވީ ވިދާޅުވިއެވެ: ”އެއީ 'ޙަސަން' ޙަދީޘެކެވެ.“ އެހެނަސް ޚާލިދުލް ޙާޔިކު މިއާއި ޚިލާފުވެލެއްވިއެވެ. ﷲ أعلم.

އިތުރު މައުލޫމާތު: އިސްލާމްވެބް (161573) ، މައުސޫޢަތުލް އަޙާދީޘިއް ނަބަވިއްޔަތި (5804)

Читать полностью…

Galandān ގަލަންދާނު

A reminder to fast on the day of ʿĀshūrāʾ

~ Galandān 🖋

Читать полностью…

Galandān ގަލަންދާނު

📆 Calendar for the Month of Allāh: Muḥarram 1447 (Source: Fernweh)

Читать полностью…

Galandān ގަލަންދާނު

މުރުތައްދު ވެފައިވާ ގާތްތިމާގެ މީހަކާއިމެދު މުޢާމަލާތް ކުރާނީ ކިހިނަކުން ހެއްޔެވެ؟

މަސްދަރު: ސުވާލު ނަމްބަރު (169985) (Eng)

ސުވާލު:
މުރުތައްދުވެފައިވާ ފަރާތަކާ ރަޙިމުގެ ގުޅުން ބޭއްވުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟ އަދި އޭނާ ގާތަށް ޒިޔާރަތް ކުރުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟ އޭނާއާއި ވާހަކަ ދައްކައި އެއްވެ އުޅެވިދާނެ ހެއްޔެވެެ؟ ޖަވާބަކީ އާއެކޭނަމަ: އެކަމުގައި އޮންނަން ޖެހޭ މިންގަނޑަކީ ކޮބައިތޯއެވެ؟ އަދި އޭނާގެ ހަވާ ނަފްސަށް ތަބަޢަ ވެފައި ހުރީތީވެ އޭނާގެ މައްޗަށް ޙުއްޖަތް ގާއިމު ނުވެ ހުރެއްޖެނަމަ (އެބަހީ އަޑުނާހާތީ) ނުވަތަ އަހަރެންނަކީ އެކަމަށް އަހުލުވެރި މީހަކަށް ނުވާތީވެ ޙުއްޖަތް ގާއިމުކުރެވިފައި ނުވާނަމަ، އޭނާއާއި މުޢާމަލާތް ކުރުމުގައި މުރުތައްދެގެ ގޮތުގައި މުޢާމަލާތް ކުރެވިދާނެހެއްޔެވެ؟


ޖަވާބު:

الحمد لله والصلاة والسلام على رسول الله، وبعد:

⬆️ފުރަތަމަ ކަމަކަށް:

މުރުތައްދު: އެއީ އިސްލާމް ކަމުން ނިކުމެ ކުފުރަށް ގޮސްފައިވާ މީހާއެވެ. އެއީ އެހެންޏާ ބުނާ ބަހަކުން ނޫނީ ކުރާ ޢަމަލަކުން ނޫނީ ކަމެއް ދޫކޮށްލުމުގެ ސަބަބުންނެވެ. ނޫނީ އިޢްތިގާދު ކުރާ ނަޒަރިއްޔާތެއްގެ ސަބަބުންނެވެ.

ކުފުރެއް ގައި ހޭކޭ ކޮންމެ މީހަކީ އަދި މުރުތައްދު ކާފަރަކަށް ނުވެއެވެ. އެހެނީ މުސްލިމު މީހާ (ކުށެއް ކުރުމުން) ޢުޛުރުވެރިކުރުވާ ޢުޛުރުތަކެއް ވެސް ވެއެވެ. އަދި އެހެންވެއްޖެ ނަމަ ކުފުރަށް ޙުކުމް ނުކުރެވެއެވެ. އޭގެ ތެރޭގައި: (އެކަންތަކުގެ ޙަޤީޤަތް އޮޅުން އަރައި ނޫނީ ޢާންމު މީހަކަށް ނޭނގިއޮވެދާނޭ ފަދަ ކަމަކަށް ވީތީ) ޖާހިލުވުމާއި، (ދަލީލެއް ނުބައިކޮށް މާނަކުރެވި ކުރާ) ތައުވީލާއި، (މަޖުބޫރެއް ކުރެވި ހިތާއި ދެކޮޅަށް ކަމެއް ކުރުމަށް ޢުޛުރުލިބިދޭ) އިކުރާހުގެ ޙާލަތާއި، (ކަމެއްގައި އޮޅުންބޮޅުންއަރައި) ކުރެވޭ ކުށް (الخطأ) ހިމެނެއެވެ. އިތުރަށް ބަލައިހޯދުމަށް، ސުވާލު ނަންބަރު (14231) އަށް ރުޖޫޢަވާށެވެ.

⚠️ދަންނައެ، މުރުތައްދު ވުމުގެ ބައެއް ކަންކަމީ އެއަކަށް ޢުޛުރެއް ނުއޮންނަ ކަންކަމެވެ. އެއީ ﷲ تَعَالى އަށް ބަދުބަސް ބުނުމާއި ރާސޫލު ﷲ ﷺ އަށް ބަދުބަސް ބުނުމާއި، (މިޘާލަކަށް ތިމަން ކަލަކު ވޮޑިގެންވާކަމަށް ޤަބޫލު ނުކުރަމޭ، ނޫނީ ތިމަންނާއީ އޭތީސްޓެކޭ ފަދަ ބަހަކުން) ދީން ދޫކޮށްލި ކަމަށް ޞަރީޙަކޮށް ބުނުމެވެ. ޢާންމުންނާއި ޚާއްޞުންގެ ގާތުގައިވެސް ދެބަސްވުންނެތް އިއްތިފާޤުން މިފަދަ ކަމެއް ކުރުމީ އިސްލާމް ދީނުން ކާފަރުވެ މުރުތައްދު ވުމެކެވެ. އެހެންކަމުން މިއިން ކަމެއް ކުށް، އެއަށް ތަޥްބާ ނުވެ ހުރެއްޖެމީހާ އަކީ މުރުތައްދެކެވެ.

⬆️ދެވަނަކަމަކީ:

އެމީހެއް މުރުތައްދު ވެފައިވާ ކަމަށް ކަށަވަރާއި އެކު ޔަޤީންވެއްޖެ މިހާއާއި މެދު، އެއީ ގާތްތިމާގެ މީހެއް ކަމުގައިވާނަމަ، ޢަމަލުކުރެވުން ވަނީ އަންނަނިވި ގޮތުގައެވެ:

1️⃣އޭނާ އެއެއް މަތީ ހުރި ކުފުރާއި މުރުތައްދު ކަމުން ތިމާ (ދެކޮޅުވެރިވާކަން ބަހާއި ޢަމަލުން ދައްކައި) ބަރީއަވުން ވާޖިބެވެ.
2️⃣އޭނާއާއި އެކު موالات (ވަފާތެރިކަމުގެ ގުޅުމާއި) مودة (ލޯތްބާއި އެކުވެރިކަން ދޭހަކޮށްދޭ ގާތް ކަމާއި) محبة (ކަނު ލޯބި) ޙަރާމްވެގެން ވެއެވެ.
3️⃣ﷲ تَعَالى އަށް އެނބުރި ރުޖޫޢަވުމަށް އޭނާއަށް ނަޞޭޙަތްދީ ދަޢުވަތު ދިނުން ވާޖިބެވެ.
4⃣އެކަމުގެ ޤާބީލުކަން ހުރެއްޖެ މީހާ، އޭނާއަށް ހިދާޔަތް ލިބުމަށް އެދިގެން ދަޢުވަތު ދިނުމުގެ މަޤްޞަދަށް، އޭނާ ގާތަށް ޒިޔާރަތްކޮށް އޭނާއާއި ވާހަކަ ދައްކައި އޭނާ އާއި މަޖިލިސް ކުރުން ހުއްދައެވެ.
5⃣ތަޥްބާވެ ހިދާޔަތަށް އޭނާ އެނބުރި އައުމަށް ލޯބިޖެއްސުމުގެ ގޮތުން އޭނާއަށް ހަދިޔާ ދީގެން ގުޅުން ބެހެއްޓުން ހުއްދައެވެ. (އެއްވެއުޅުމެއް ނޫނެވެ.)
6⃣އޭނާގެ މަގުފުރެދުމުގައި ފައިވިއްދައިގެން ދެމިހުންނަނީނަމަ، އޭނާ ހަޖުރުކޮށް ހުރިހައި ގުޅުމެއް ކަނޑައިލުމެވެ. ވަކިން ޚާއްޞަކޮށް ހަޖަރު ކުރުމުގެ ސަބަބުން މަޞްލަޙަތެއް ޙާޞިލުވާނަމައެވެ. މިޘާލަކަށް އޭނާގެ ނުބައިކަން ހާމަކުޅައުމަށެވެ. ނޫނީ އެހެން ގާތްތިމާގެ މީހުން އޭނާއަށް ތަބަޢަވުމުން ދުރުހެލި ކުރުވުމަށްޓަކައެވެ.

ކުރުކޮށް ބުނާނަމަ، މި މުރުތައްދަކީ، ﷲ ގެ ޙަޟުރަތުގައި އެއިލާހުގެ ކޯފާއާއި ނުރުއްސެވުން އޮތް މީހެއްކަން ތިބާ ދަނެގަންނަން ޖެހެއެވެ. އަދި އޭނާގެ މުރުތައްދު ކަމުގައި އޭނާ ދެމިހުރުމަކަށް ޝަރީޢަތް ހުއްދަ ނުކުރާކަމެވެ. އަދި އޭނާގެ މުރުތައްދު ކަމުގެ ސަބަބުން، މުސްލިމަކަށް ލިބިގެންވާ ޙުރުމަތާއި ޙައްޤުތައް އޭނާއަށް ކެނޑިގެންދާ ކަމެވެ. އަދި ﷲ تَعَالى ގެ މަގަށް ދަޢުވަތު ދިނުމާއި ޚަލްޤުތަކުންނަށް ހިދާޔަތް ލިބުމަށް ދަހިވެތިވުމީ އެންމެ މަތިވެރި އެއް ޢަމަލުކަމެވެ. އިންސާނެއްގެ ފުށުގައިވާ އެންމެ ރިވެތި އެއް ޞިފަކަމެވެ. ވީމާ ތިބާގެ މުޢާމަލާތް ދެމެއްހެޓުންވަނީ މިދެ އަޞްލުގެ މައްޗަށެވެ. ކާފަރު މީހާއަށް އޭނާގެ ދީނުގެ ސަބަބުން ރުޅިވެރި ވުމާއި، އޭނާއަށް ދަޢުވަތުދީ ކުފުރުން ވީއްލުމަށް މަސައްކަތް ކުޅައުމެވެ.

އިތުރު ފާއިދާ އަށް، ސުވާލު ނަންބަރު (91665) އާއި ސުވާލު ނަންބަރު (95588) އަށް ރުޖޫޢަވާށެވެ.

والله أعلم.


~ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

މުރުތައްދުވެފައިވާ ގާތްތިމާގެ މީހަކާއި ދިމާވެހެދުމުގެ ޙުކުމް


ސުވާލު:

އަހަރެންގެ ބޮޑު ބޭބެއެއް ވެއެވެ. އޭނާ ވަނީ އިސްލާމް ދީނުން މުރުތައްދު ވެފައެވެ. އަދި ރާވެސް ބޮއެވެ. އޭނައާއި ގާތްކަން ބޭއްވުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟ އަހަރެންގެ އާއިލާއިން ވަނީ އޭނާއާއި ގުޅުން ކަޑައިފައެވެ. އެހެނަސް އެންމެންނައި ދެކޮޅަށް އަހަރެންގެ އަންހެން ކޮއްކޮ ވަނީ އޭނާއާއި އެކު ގުޅުންބޭވުނުގައި ފައިވިއްދާފައެވެ. އަހަރެންގެ މަންމައާއި އަޚުން އެކަމާ ދެކޮޅުހަދާފައިވާ ހިނދުގައި ވެސް އެވެ. ކޮއްކޮގެ ކަންތަކުގައި އޮތް ޙައްލަކީ ކޮބައިހެއްޔެވެ؟ ފާހަގަކޮށްލަން ބޭނުން ވަނީ މިއަންހެން ކޮއްކޮ އަކީ ޔުނިވާސިޓީ ދަސްވެނިމިފައިވާ ކުއްޖެއް ކަމެވެ. މާނައީ ކުޑަކުއްޖެއް ނޫނޭ އެވެ.

އަދި އެބޮޑުބޭބައާއި ގުޅުން ނުކަނޑާހާ ހިނދަކު މަންމަ އޭނާދެކެ ރުޅީގައި ހުންނާނޭ ކަމަށް މަންމަ ވަނީ ކޮއްކޮ ކައިރީ ބުނެފައެވެ. އޭނާ އެއަށް ފަރުވާލެއް ނުދެއެވެ. އަދިވެސް ދަނީ ގުޅުން ބާއްވަމުންނެވެ.


ޖަވާބު:

الحمد لله، والصلاة والسلام على رسول الله، وعلى آله وصحبه، أما بعد:

ހަމަކަށަވަރުން ވަކި ފަރުދެއް މުރުތައްދު ވީ ކަމަށް ކަނޑައެޅުމަކީ އާދައިގެ ކަމެއް ނޫނެވެ. ވީމާ ފުރަތަމަ ކަމަކަށް އެފަރާތް މުރުތައްދު ވާ ކަމެއް ކުރި ކަމުގައި ވާން ޖެހެއެވެ. އަދި ދެވަނަ ކަމަކަށް، އޭނާގެ މައްޗަށް ޙުއްޖަތް ގާއިމުކޮށް ތަކްފީރުގެ ޝަރުޠުތައް ހަމަކޮށް، އެއިން ހުރަސް އަޅާ ކަންކަން ބަލައި ޚަލާސް ކުރަން ޖެހޭނެއެވެ. ދެން އޭނާގެ މައްޗަށް އަހަރެމެން މުރުތައްދު ވީ ކަމަށް ކަނޑައަޅައިފިނަމަ، އޭނާ އިސްތިތާބަ ކުރުވަން ޖެހޭނެއެވެ. (ތަވްބާވުމަށް އަންގައި ފުރުސަތު ދިނުމެވެ.) ދެން އޭނާއަށް ވަނީ ތަޥްބާވުމެވެ. އެހެން ނުވެއްޖެނަމަ މުރުތައްދެއްގެ ގޮތުގައި އޭނާ ޤަތުލު ކުރެވުމެވެ. އެއީ ނަބިއްޔު ﷺ ޙަދީޘް ކުރެއްވި ފަދައިންނެވެ:

«من بدل دينه فاقتلوه» (ދީން ބަދަލު ކޮށްފި މީހާ ޤަތުކުރާ ހުއްޓެވެ.) ރިވާކުރެއްވީ އަލްބުޚާރީ އެވެ.

އެކުފިރަކި ކޮންމެ އެއްޗެއްވިޔަސް، ޙާކިމު މީހާއަށް މެނުވީ އޭނާގެ މައްޗަށް ޙައްދު ޤާއިމު ކުރުން ހުއްދަ ވެގެން ނުވެއެވެ. (ނޯޓް: އެހެނަސް ﷲ އާއި ރަސޫލަށް ބަދުބަސް ބުނުމުގެ ކަންތަކުގައި ޢިލްމުވެރިންގެ ޖަދަލުވެއެވެ.) އޭނާ އެގޮތުގައި (ކުފުރުގައި) ފައިވިއްދައި ހުރެއްޖެނަމަ، އޭނާ ވަނީ؛ އެމީހެއް ފުށުން ގުޅުން ކަނޑައި އެމީހަކާއި ޢަދާވާތްތެރިވާން ޖެހޭނޭ ﷲ تعالى ގެ ޢަދާވާތްތެރިންގެ ތެރެއިން ހިމެނޭ މީހެއްގެ ގޮތުގައެވެ. އަދި އެއީ އެމީހަކާއި މެދު ދެކޮޅުވެރިކަން އިޢުލާނު ކުރެވެންޖެހޭނޭ މީހެކެވެ. އެހެންކަމުން އޭނާ އާއި އެކު އެކުވެރިކަމާއި ގާތްކަން ބޭއްވުން ހުއްދަވެގެން ނުވެއެވެ. އެހެން ނުވާންވީ ފަހެ ކިހިނަކުން ހެއްޔެވެ؟ ނަބިއްޔު ﷺ ވަނީ މުއުމިނެއް ނޫން މިހަކާއި އެކު އެކުވެރިވެ އުޅުމާއި ތަޤުވާވެރިއެއް ނޫން މިހަކާއި އެކު މަސްހުނިވެ އުޅުން އަހަރެމެންނަށް ނަހީ ކުރައްވާފައެވެ. އެގޮތުން ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ:
«لا تصاحب إلا مؤمناً...» (މުއުމިނަކާއި މެނުވީ ޞާޙިބުވެ ނޫޅޭށެވެ.)⁽¹⁾

އަދިވެސް އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ:
«الْمَرْءُ عَلَى دِينِ خَلِيلِهِ ، فَلْيَنْظُرْ أَحَدُكُمْ مَنْ يُخَالِلْ» (މީހާ ވާކަން ކަށަވަރީ އޭނާގެ އެކުވެރިޔާގެ ދީނުގެ މަތީގައެވެ. ވީމާ، އެމީހަކާ އެންމެ އެކު އުޅޭ މީހެއްގެ ގޮތް ބަލާށެވެ.)

މި ދެޙަދީޘުވެސް ރިވާކުރެއްވީ އަޙްމަދާއި، އަބޫ ދާވޫދާއި އައްތިރުމިޛީ އެވެ. އަދި އަލްއަލްބާނީ މިދެޙަދީޘުވެސް ”ޙަސަނު“ ދަރަޖަ ކަމަށް ކަނޑައެޅުއްވިއެވެ.

ދަންނައެ، ބައެއް ފިޤުހު ޢިލްމުވެރިން ކަނޑައަޅުއްވާފައިވާ ގޮތުން ފާފަތަކާއި މުންކަރާތްތައް ފާޅުގައި ކުރާ މީހުން ނުވަތަ ބިދުޢަތަކާއި މަގުފުރެދިނިވި ކަންކަން ކުރާ މީހުންނާ، ﷲ ގެ ޙައްޤުގައި ގުޅުންކަނޑައި ހަޖަރު ކުރުމީ އެވެރިންނަށްވާ އިންކާރެއްގެ ގޮތުން އަދި އަދަބެއްގެ ގޮތުން ޝަރުޢުވެގެންވާ ކަމެކެވެ. މިއީ (الموسوعة الفقهية) ގައިވެސް ނަންގަންވާފައިވާ ފަދައިންނެވެ. އެހެންވެއްޖެ ނަމަ، ދީން އެއްކޮށް ދޫކުޅަ މުރުތައްދު މީހާ ހަޖަރު ކުރުން، ނިސްބަތުން މާ އައުލާކަން ބޮޑެވެ. ވަކިން ޚާއްޞަކޮށް އޭނާއާއި ދިމާވެހަދާ މީހުންނަށް އޭނާގެ ފުށުން ފިތުނައެއް ލައިގަތުމުގެ އަމާންކަމެއް ނުވާ ކަމަށްޓަކައެވެ. މީގެ އިރުރަށް މިފަތުވައަށް (34761) ރުޖޫޢަވާށެވެ.

(ނުނިމޭ)

ــــــــــــــ
[1] އަލްޢަދަވީ ވިދާޅުވީ މިޙަދީޘުގެ ސަނަދު ބަލިކަށިކަމުގައެވެ. ކޮންމެއަކަސް މިޙަދީޘުގެ މިބަޔަށް ހެކިކޮށްދެނީ ދެވަނަޔަށް އޮތް ރިވާޔަތުންނެވެ. އެއީ އަޙްމަދާއި އަބޫ ދާވޫދާއި އައްތިރުމިޛީ އަބޫ ހުރައިރާގެ އަރިހުން ރިވާކުރެއްވި ޙަދީޘެވެ: «الرَّجُلُ عَلَى دِينِ خَلِيلِهِ، فَلْيَنْظُرْ أَحَدُكُمْ مَنْ يُخَالِلُ» (މީހާ ވާކަން ކަށަވަރީ އޭނާގެ އެކުވެރިޔާގެ ދީނުގެ މަތީގައެވެ. ވީމާ، އެމީހަކާ އެންމެ އެކު އުޅޭ މީހެއްގެ ގޮތް ބަލާށެވެ) ޝެއިޚް ޢަބްދު ﷲ އައްސަޢްދު ވިދާޅުވިއެވެ: ”އޭގެ ސަނަދު لا بئس به އެވެ.“ (އެބަހީ ޙަސަނު ދަރަޖައެވެ.)

Читать полностью…

Galandān ގަލަންދާނު

Concerning Public Services in Dār Al-Murakkab and Wealth of the Apostates

❝ Whatever services and benefits a Muslim obtains [in a Dār Al-Murakkab] through a contract of sale, purchase, barter, or benefit must be paid for. This applies whether in the field of health, water, electricity, waste management, or otherwise, and whether these services were obtained from a Muslim, an original Kāfir, or an apostate. This is because these services are public services owned by all Muslims. The fact that apostates are in charge of them does not mean that it is permissible to steal them or evade payment, especially since they are benefit agreements or sales that must be fulfilled.

As for the apostate's wealth, it becomes Faʾi for Muslims⁽¹⁾ in the event that he is killed or dies as a result of apostasy. His ownership of what is directly under his control is not ruled to be lost simply due to his apostasy, given the possibility of his returning to Islam. ❞

— Al-Shaykh Abul Walīd Al-Maqdisī [Hisham Al-Saedni] (raḥimahullah)
(Archives of Sharʿī Board of Minbar Al-Tawḥīd, Question No. 1481)
~ Galandān 🖋


--------------------
[1] Al-Faʾi (الفيء) : A wealth which belongs to the Islamic state and is distributed as the ruler sees fit for the benefit of the nation.

[Note] We had previously published multiple essays and posts regarding the issues of Diyār (Lands) and Wealth of Apostates (in Dhivehi)
/channel/qalandhar/1792 (Eng.)
/channel/qalandhar/1719
/channel/qalandhar/1756
/channel/qalandhar/1761
/channel/qalandhar/1169
/channel/qalandhar/1181
/channel/qalandhar/1835
/channel/qalandhar/1601
/channel/qalandhar/2697

Читать полностью…

Galandān ގަލަންދާނު

🎁🎁 ހިޖުރީ ސަނަތުން އައު އަހަރާއިމެދު

1⃣ޢުމަރުގެފާނު ތާރީޚު ޖައްސަވަން ފެއްޓެވީ ހިޖުރައިގެ މައްޗަށެވެ. އަދި އަހުލު ކިތާބީން ކަންތަކުރާ ފަދައިން، ނަބިއްޔު ﷺ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ތާރީޚަށް ބައްލަވައިގެނެއް ނޫނެވެ. އެއީ އަހަރެމެންނަކީ ޢަމަލީ އުންމަތެއް ކަމުގައި މީސްތަކުންނަށް އެންގެވުމަށްޓަކައެވެ. ދުވަސްތަކާއި ޙާދިޘާތަކުގެއެއް ނޫން ކަމެވެ.

2⃣ހަނދުމަހުގެ އަހަރު ފެށޭ ދުވަހަކީ މުޙައްރަމް އެކެއް ކަމުގައި ޖާހިލިއްޔަތަކުވެސް އަދި އިސްލާމް ދީނަށް ފަހުގައި ވެސް ބެލެވިފައި ނުވެއެވެ. ޢަރަބީން ތާރީޚު ހިސާބު ކުރަނީ ޙާދިޘާތަކަށް އަޅައިކިޔައެވެ. އަދި އެވެރިން ދަނެތިބީ 12 މަސް އޮންނަކަމެވެ. އެހެނަސް ޢުމަރުގެފާނުގެ ކުރިން އެވެރިން އޭގެން ވަކި ފުރަތަމަ މަހެއް ކަނޑަނާޅައެވެ.

3⃣ހިޖުރީ ތާރީޚަށް ރިޢާޔަތް ކުރުން ނެގެވެނީ، ﷲ تعالى ގެ މި ވަޙީއިންނެވެ:

﴿لَّمَسۡجِدٌ أُسِّسَ عَلَى ٱلتَّقۡوَىٰ مِنۡ أَوَّلِ يَوۡمٍ﴾
(ހަމަކަށަވަރުން، ފުރަތަމަ ދުވަހުއްސުރެން تقوى ގެ މައްޗަށް ބިންގާ އެޅުއްވި މިސްކިތެއްގައި (އެބަހީ: قُباء މިސްކިތުގައި)...)
ﷲ ނަންދެއްވީ ﴿أَوَّلِ يَوۡمٍ﴾ ”ފުރަތަމަ ދުވަހޭ“ އެވެ. އަދި އެދުވަހަކީ ހިޖުރައިގެ (އެބަހީ: މަދީނާގައި ފައިންޕުޅު ބީއްސެވުމުގެ) އެންމެ ފުރަތަމަ ދުވަހެވެ. މިހެން ނަންގެންނެވީ އަޞްޙާބު ބޭކަލުންގެ އަރިހުން އައްސުހައިލީއެވެ.

4⃣ހިޖުރީ އަހަރަކީ ޒަމާން ދައުރުވާ ބުރެކެވެ. ދުވަސްތަކާއި ހަފްތާތަކާއި މަސްތަކާއި ޤަރުނުތައް ފަދައިން ދައުރުވަމުންދާ އެއްޗެކެވެ. އެއަށް ތަހުނިޔާ ކިޔުމުގެ އެއްވެސް އަޞްލެއް ވާކަމަށް އަހަރެންނަށް އެނގިފައި ނުވެއެވެ. ދުޢާއެއް ނޫނީ ނަޞޭޙަތެއްނަމަ، ރަނގަޅެވެ.

5⃣ޝަރުޢީ ޚާއްޞަ ޙުކުމްތަކެއް އަހަރު ނިމުމުގެ މައްޗަކަށްވެސް އަދި އަހަރު ފެށުމަކަށްވެސް ޘާބިތުވެފައި ނުވެއެވެ. ވަކި ބަހެއްވެސް ޢަމަލެއްވެސް އަދި ފަޟުލެއްވެސް ނެތެވެ. ޢުމަރުގެފާނުގެ ޚިލާފަތުގައި މެނުވީ ހިޖުރީ ތާރީޚު ތަރުތީބުވެސް ކުރެވެން ނުފަށައެވެ.

6⃣ކޮންމެ މީހަކަށްވެސް އޭނާއަށް ޚާއްޞަ އަހަރެއް އޭނާ ވިހާ އިރުން ފެށިގެން ވެއެވެ. އެއީ އޭނާގެ ޙަޤީޤީ ޢުމުރެވެ. ދެންފަހެ މުޙައްރަމް މަހުން ފެށޭ އަހަރަކީ، ކަލަންޑަރު އިންތިޒާމު ކުރުމަށް ޖަހާ އެއްޗެކެވެ. އަދި ތިބާއަށް ސުވާލުވުން ވަނީ ތިބާގެ ޢުމުރާއި މެދުގައެވެ. ތާރީޚުގެ ޢުމުރާއި މެދުގައެއް ނޫނެވެ.


— ޢަބްދުލް ޢަޒީޒް އައްޠަރީފީ (ބަސްކޮޅު)
~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

އައްތަޙިއްޔާތުގައި ޘާބިތުވެގެންވަނީ ޝަހާދަތް އިނގި ދިއްކުރެއްވި ކަމެވެ. ”ޙަރަކާތް“ ކުރެއްވި ކަމެއް ނޫނެވެ.

1️⃣ތަފްޞީލު (އައްޠަރީފީ)
2️⃣އިންފޯގްރެފިކްސް (ޚުލާޞާ)

3️⃣[Eng.] The Methods Of Clenching The Fingers Of The Right Hand, When Sitting For The Tashahhud (And On The Issue of "Moving" The Index Finger)
🔗/channel/qalandhar/3526

~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

💎 ކޮންމެ މޫސާ އަކަށް އަނިޔާވެރިވެ ކޮންމެ ފިރުޢައުނަކަށް ތާޢީދު ކުރާން ތިބެ، އެ ފިރުޢައުނެއްގެ މައްޗަށް މޫސާގެފާނަށް ދެއްވި ނަޞްރާއި ގުޅިގެންއޮތް ޢާޝޫރާ އަކަށް ރޯދައިގައި ތިބުމުން ލިބިދޭ ފައިދާ އަކީ ކޮބައިހެއްޔެވެ؟

މިއަދު އަހަރެމެން ރޯދައަށް ތިބޭ އިރު، ހަމަ މޫސާގެފާނާއި ބަނީ އިސްރާއީލުންގެ ނިކަމެތީންނަށް އެޖައްބާރު، ކުޑަކުދިންގެ ޤާތިލު، މުޖުރިމު، ޖަލުދާރު، ޠާޣޫތު، ދުނިޔެވީ ގަދަ ބާރުގެ ފިރުޢައުނުގެ މައްޗަށް، ކަށަވަރުވެގެންވާ ނަޞްރުދެއްވި އިލާހު، އަހަރެމެންގެ ވެރި ރައްބު، ﷲ تَعَالى އެއިލާހުގެ ޙިކުމަތްވަންތަކަމާއި ތަދްބީރުގެ ރޭއްވެވުމާއި އެކު ބައްލަވާ ވޮޑިގެންވެއެވެ. ތެދުވެރިންނާއި ދޮގުވެރިން ފައުޅުކުރައްވައި ޞަފުތައް ޠާހިރު ކުރައްވަމުންނެވެ. އަދި އެއިލާހުގެ ނަޞްރަކީ ދާދިގާތުގައިވާ އެއްޗެކެވެ. އެއީ އިމްތިޙާނުގެ ތެރޭގައި އޮތް ކެތްތެރިކަމުގެ ހިނދުކޮޅެކެވެ. ދެން އިސާހިތަކު އެއިލާހު ޙާލަތް އެއްފުށް އަނެއްފުށަށް ޖައްސަވައިފާނެތެވެ.

ވީމާ، ތަޥްޙީދާއި ﷲ ގެ ޝަރީޢަތުގެ ޠާހިރުކަންމަތީ އެބައެއްގެ ފަސްބައިތައް ސާފުކޮށްގެން ތިބި ކޮންމެ މުޥައްޙިދަކަށް ހެޔޮ ޚަބަރު ހުއްޓެވެ.

اللهم يامن نجّيتَ موسى وقومه من فرعون وجندِه

ومننتَ عليهم فقلبت استضعافهم إلى نصرٍ وعزة

مُنّ على أهلنا في ‎#غزة وعلى المسلمين في كل مكان

وبَدّل خوفهم أمنا،

واقلب ضعفَهم إلى قوة

وذلهم إلى نصر وعزة

وأطعمهم من جوع وآمنهم من خوف

~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

—②—
📝 އަހަރެން ބުނަމެވެ: ވިޔަފާރި ކުރުން އޭގެ ޒާތުގައި ކާފަރުންނާއި ވިޔަސް އަދި ފާފަވެރިންނާއި ވިޔަސް ހުއްދައެވެ. ވީމާ ރާބޮއެ އުޅޭ ކާފަރަކަށް ވިޔަސް މޭބިސްކަދުރު ވިއްކިދާނެއެވެ. މޭބިސް ކަދުރަކީ އޭގެ ދިޔައިން ރާ ހަދާ އެއްޗެއް ކަމުގައި ވިޔަސް އެވެ. އެހެނަސް މީހަކު ރާ ހެދުމަށްޓަކައި އެގަންނަކަން އެނގިއްޖެނަމަ ނޫނީ ރާ އުފައްދާ ފެކްޓަރީ އަކަށް މޭބިސްކަދުރު ވިއްކަން ޖެހިއްޖެނަމަ، އެކަން ޙަރާމެވެ. ނުވަތަ އެއުފުލައި ދިނުންވެސް ޙަރާމެވެ. މިފަރަޤު ދަނެގަނެވިއްޖެ މީހާއަށް މިމައްސަލާގައި ޢިލްމުވެރިން ދެއްވާފައިވާ ފަތުވާތަކުގެ އަސާސު ދޭހަކޮށް ގަނެވޭނެއެވެ. ވީމާ އެބޭކަލުން، ޢާންމު ދުވަހު-ކުއްޔަށްދޭ ހޮޓަލަކާއި، ޓުއަރިޒަމް ޒޯން އޭ ކިޔޭ ސަރަހައްދުގައި ހުންނަ ހޮޓާތައް ފަރަޤުކުރެއްވިއެވެ. އެހެނީ ޓުއަރިޒަމް ޒޯން ތަކުގައި ހުންނަ ހޮޓާ ތަކަކީ އޭގެ އަސާސުގައި މުންކަރުތަކަށްޓަކައި ފަރުމާކޮށް ބޭނުން ކުރެވޭ ތަކެތިކަމުގައި ވުމުންނެވެ. އަދި އެހެނަސް ޢާންމު ދުވަހު ކުއްޔަށްދޭ ހޮޓާ ތަކުގައި މުންކަރާތެއް ހިމެނުނަސް، އެއީ އޭގެ އަސާސާއި މަޤުޞަދަށް ނުވެއެވެ. ވީމާ އެފަދަ ތަނެއްގައި މަސައްކަތެއް ކުރުން ޓުއަރިޒަމް ޒޯންތަކުގައި ހުންނަ ތަންތަނާއި ޚިލާފަށް ހުއްދައެވެ. ވީމާ ޙުކުމް މިއަންނަނީ ކިޔާ ނަމަކަށް ނޫނެވެ. އެހެނަސް އޭގައި އެކުލެވޭ ސިފަތަކުން ވަރުގަދައީ ކޯޗެއްތޯއާއި މެދުގައެވެ. މިގޮތުން، މުންކަރާތް މަނައުކުރުމާއި ހެވަށްގޮވައިލުން އެތަންތަނެއްގައި އަސާސީ ގޮތެއްގައި މަނައު، އަދި އެއާއިއެކު ރަލާއި އޫރާއި އޮރިޔާން ފައުޅުކުރުމަށް ވަކި ޚާއްޞަ ޤާނޫނު ދަށުން ތަމްސީލުކުރެވޭ ރިޒޯޓު ފަދަ ތަންތަނަކީ އަސާސީ ގޮތެއްގައި ޙަރާމް ވިޔަފާރި އެކެވެ. ވީމާ އެއަށް އެހީތެރިވެދޭ އެއްވެސް ވިޔަފާރިޔެއް ނޫނީ މުޢާމަލާތެއް، ޢިލްމުވެރިން މިފަތުވާ ތަކުގެ ދަށުން ޙަރާމް ކުރެއްވިއެވެ. އެ މުޢާމަލާތަކީ އޭގެ ޒާތުގައި ހުއްދަ ޙަލާލު އެއްޗެއް ކަމުގައި ވިޔަސްމެއެވެ. އެއީ މޭބިސް ކަދުރު ވިއްކުމަކީ ހުއްދަ ކަމެއް ގޮތުގައި އޮވެމެ، ރާ ހަދާ ފެކްޓަރީއަކަށް އެކަން ޙަރާމް ވުމުގެ އުޞޫލާއި އެއްގޮތަށެވެ.

ފިޤުހީ ޢިލްމުވެރިން ވަނީ ފާފައިގައި އެއެއްޗެއް އިސްތިޢުމާލު ކުރެވޭނެކަން އެނގިހުރެ އެއެއްޗެއް ވިއްކުން ނޫނީ ކުއްޔަން ދިނުން ހުއްދަ ނުވާނޭ ކަމަށް ކަނޑައަޅުއްވާފައެވެ. އަދި މިއީ ޖުމްހޫރުން ކުރެ ޝާފިޢީންނާއި ޙަންބަލީންނާއި މާލިކީންގެ ވެސް ޤަޥްލެވެ. ”އަލްމުޣްނީ“ (4/155) ގައި އިބްނު ޤުދާމަ ވިދާޅުވިއެވެ:

”އެއެއްޗެއްގައި ޙަރާމް ޤަޞްދު ކުރެވޭ ކޮންމެ އެއްޗެއްގައި މިޙުކުމް އެކުލެވެއެވެ. އެއީ ޙަރުބީނަށް ނޫނީ މަގުފޭރޭ މީހުންނަށް ނޫނީ ފިތުނައިގެ ހުޅުގަނޑު ތެރޭގައި ހަތިޔާރު ވިއްކުން ފަދައެވެ. އަދި ލަވަކިޔުމަށްޓަކައި އަންހެން އަޅަކު ވިއްކުން ފަދައެވެ. ނުވަތަ އެކަމަށްޓަކައި ކުއްޔަށް ދިނުން ފަދައެވެ. ނުވަތަ ރާވިއްކުމަށްޓަކައި ގެއެއް ކުއްޔަށް ދިނުން ފަދައެވެ. ނޫނީ ފައްޅިއެއް އެޅުމަށްޓަކައެވެ. ނޫނީ (މަޖޫސީ) އަލިފާން ފައްޅިއަކަށެވެ. އަދި މިނޫން މިޒާތުގެ ކަންކަމުގައެވެ. ފަހެ އެކަންތައް އެހިނދު ޙަރާމް ވެގެން ވެއެވެ. އަދި އެއީ ބާޠިލު (ވިޔަފާރި) ޢަޤުދެކެވެ.“ —اهـ.

🔗އަދި އަހަރެމެން ވާނީ މި އުޞޫލުތައް ބަޔާން ކޮށްދޭ 11 ފަތުވާ އެއް މީގެ ކުރިން ގަލަންދާނުގައި ގެނެސްފައެވެ. ވީމާ އިތުރު ތަފްޞީލަށް އެއަށް ރުޖޫޢަވާށެވެ.


~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

⚙️Please be advised that we will be discontinuing support through our dedicated bot. However, you can easily reach us using the new direct message feature on Telegram.

~ Galandān 🖋

Читать полностью…

Galandān ގަލަންދާނު

ސުވާލާއިޖަވާބު


ސުވާލު: ރަމަޟާން މަހުގެ ޤަޟާއު ރޯދަ ބާކީ ހުރެއްޖެ މީހާ، ޢަރަފާތް ދުވަހުގެ ރޯދަ ފަދަ ސުންނަތް ރޯދަ ހިފިދާނެ ހެއްޔެވެ؟

ޖަވާބު: ޢިލްމުވެރިން މިމައްސަލާގައިވަނީ ޚިލާފުވެލައްވާފައެވެ. އަދި އައްޝެއިޚް ސުލައިމާން އަލްޢަލްވާން ޚިޔާރު ކުރެއްވި ރައުޔަކީ އެކަން ހުއްދަ ކަމުގައެވެ.⁽¹⁾ އަދި މިއީ އައްޝެއިޚް ޚާލިދުލް ފުލައިޖު އާއި އައްޠަރީފީ އާއި އަލްޢުޞައިމީ ޚިޔާރު ކުރެއްވިގޮތެވެ.


~ ގަލަންދާނު 🖋

ـــــــــــــــــــــ
[1] އަލްޢަލްވާން ވިދާޅުވިއެވެ: ”...ފަރުޟު ރޯދައިގެ ކުރިން ތަޠައްވުޢު ރޯދަތައް (އެބަހީ: އަމިއްލަ އިޚްތިޔާރުގައި ހިމެނޭ ނުވަތަ ހުއްދަ އަދި ސުންނަތް ރޯދަތައް) ހިފުން މަނައުވުމާއިމެދު ދަންނައެ، މިއީ ޚިލާފިއްޔާ މައްސަލައެކެވެ. ފަރުޟު ރޯދަތައް އަދައުކުރުމުގެ ކުރިން ތަޠައްވުޢު ރޯދަ ހިފުން މުސްލިމަކަށް ހުއްދަ ހެއްޔެވެ؟ ޖުމްހޫރުން ކަނޑައެޅުއްވި ގޮތަކީ އެކަން ހުއްދަ ކަމުގައެވެ. އަދި ޙައްޤު ˺ޤަޥްލަކީ˹ މިއީއެވެ...“ — ބުލޫޣުލް މަރާމް ގެ ޝަރަޙައިންނެވެ. (ބަސްކޮޅު)

Читать полностью…

Galandān ގަލަންދާނު

•••
❞ . . . (ޢާޝޫރާ ދުވަހާއި އެކު) އޭގެ ކުރިން އަދި އޭގެ ފަހުން ދުވަހެއް ލައިގެން ރޯދަހިފުން، ދަންނައެ، އެރިވާޔަތުގެ ސަނަދު ޟަޢީފުއެވެ. އިބްނު އަބީ ލައިލާ ގެ ހަނދާން ބަލިކަށިކަމުގެ ސަބަބުންވެ. އަދި އަޞްޙާބު ބޭކަލުންކުރެ އެއްވެސް ބޭކަލެއް، 11 ވަނަ ދުވަހު ރޯދަ ހިއްޕެވިކަމަށް، އަހަރެންނަށް އެނގިފައިނުވެއެވެ.

— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އަލްޚުޟައިރު

~ ގަލަންދާނު

Читать полностью…

Galandān ގަލަންދާނު

📖 ހެވެއް ދޫކުޅަ މީހާ ނުބަޔަކަށް ހުށަހެޅެއެވެ.

▶️...وَيَتَعَلَّمُونَ مَا يَضُرُّهُمۡ وَلَا يَنفَعُهُمۡۚ وَلَقَدۡ عَلِمُواْ لَمَنِ ٱشۡتَرَىٰهُ مَا لَهُۥ فِي ٱلۡأٓخِرَةِ مِنۡ خَلَٰقٖۚ وَلَبِئۡسَ مَا شَرَوۡاْ بِهِۦٓ أَنفُسَهُمۡۚ لَوۡ كَانُواْ يَعۡلَمُونَ ▫️ وَلَوۡ أَنَّهُمۡ ءَامَنُواْ وَٱتَّقَوۡاْ لَمَثُوبَةٞ مِّنۡ عِندِ ٱللَّهِ خَيۡرٞۚ لَّوۡ كَانُواْ يَعۡلَمُونَ◀️[البقرة 102، 103]

މާނައީ، (...އެއުރެން އެ އުނގެނެނީ އެއުރެންނަށް ގެއްލުންދޭ، އަދި އެއުރެންނަށް މަންފާއެއް ނުކުރާ ކަންތަކެވެ. ހަމަކަށަވަރުން، އެތަކެތި ގަތް މީހަކަށް آخرة ގައި އެއްވެސް نصيب އެއް ނެތްކަން، އެއުރެންނަށް ކަށަވަރުކޮށް އެނގިފައިވެއެވެ. އެއުރެންގެ نفس ތައް އެ އެއްޗަކަށް އެ ވިއްކައިލި އެއްޗެއްގެ ނުބައިކަން ބޮޑުކަމާއެވެ! އެއުރެން އެކަން ދަންނަ ކަމުގައި ވިނަމައެވެ. * ހަމަކަށަވަރުން، އެއުރެން إيمان ވެ تقوى ވެރިވިނަމަ، اللَّه ގެ حضرة ން (އެއުރެންނަށް) ހުރި ثواب ގެ ހެޔޮކަން މާބޮޑެވެ. އެއުރެން އެކަން ދަންނަ ކަމުގައިވި ނަމައެވެ.)

އައްސަޢްދީ ވިދާޅުވިއެވެ:

އެމީހަކަށް މަންފަޢު ކުރަނިވި ކަންތައް ދޫކުޅަ މީހަކަށް، އަދި އެއަކުން ނަފަޢު ވުމުގެ ކުޅަދާނަކަން އޮވެމެ އެއިން ނަފަޢު ނުހޯދައިފި މީހަކަށް، އޭނާގެ ނަފްސަށް ގެއްލުން ހުރި ކަންކަމުގައި މަޝްޣޫލުވެ ބިޒީ ވުން ޖެއްސެވުމީ، ބަދަލުދެވުމުގެ ތަޤްދީރުގެ ތެރެއިން ވާކަމެކެވެ. އަދި އިލާހީ ޙިކުމަތްފުޅު ތެރެއިން ވާކަމެކެވެ.

އެހެންކަމުން ރަޙްމާންވަންތަ އިލާހަށް އަޅުކަން ކުރުން ދޫކުޅަ މީހެއް، ވަޘަން ތަކަށް (އެބަހީ: ﷲ ނޫން ފަރާތް ތަކާއި ތަކެއްޗަށް) އަޅުކަން ކުރުމުގެ މައްޗަށް އިމްތިޙާނު ޖެއްސެވެއެވެ.

އަދި ﷲ އަށް ލޯބިވުމާއި ބިރުވެތިވުމާއި އެއިލާހަށް އުއްމީދުކުރުން ދޫކޮށްފި މީހާ، ﷲ ނޫން ފަރާތްތަކަށް ލޯބިވެ ބިރުވެތިވެ އުއްމީދުކުރުމުގައި އިމްތިޙާނު ކުރެވެއެވެ.

އަދި ﷲ އަށް ކިޔަމަން ގަތުމުގައި އެމީހެއްގެ މުދައު ހޭދު ނުކުރާ މީހާ، ޝައިޠާނާއަށް ކިޔަމަން ގަތުމުގައި އެ ހޭދަކުރެއެވެ.

[ބޮޑާކަން ދޫކޮށް] އޭނާގެ ރައްބު ޙަޟުރަތުގައި ބޯލަނބައި ކުޑައިމީސް ނުވެއްޖެ މީހާ، އަޅުތަކުންނަށް ގުދުވެ ނިކަމެތިވެ އޮތުމުގެ މައްޗަށް އިމްތިޙާނުކުރެވެއެވެ.

އަދި ޙައްޤު ދޫކޮށްފި މީހާ، ބާޠިލުން އިމްތިޙާނު ޖެއްސެވެއެވެ.


~ އަލްޢައްލާމާ ޢަބްދުއްރަޙްމާނުއް ސަޢްދީ (ތަފްސީރު ގެ، ޞ. 54)

~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

🫘 ހެނދުނުހެނދުނާ 7 ކަދުރުއޮށް ކެއުމުގެ ފައިދާ

-①-
އައްޞަޙީޙައިން އަދި އެނޫން ފަތްފުށްތަކުގައި، ޢާމީރު ބުނު ސަޢްދު ގެ ޙަދީޘުތަކުން، ސަޢްދު ⌝ބުނު އަބީ ވައްޤާޞް⌜ رضي الله عنه އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ:

«مَنْ اصْطَبَحَ بِسَبْعِ تَمَرَاتٍ عَجْوَةً لَمْ يَضُرَّهُ ذَلِكَ الْيَوْمِ سُمٌّ وَلَا سِحْرٌ»
”ޢަޖުވާ ކަދުރުގެ ހަތްއޮށް ހުސްގޮހޮރާހުރެ ކައިފި މީހަކަށް، އެދުވަހެއްގައި ވިހައަކުން އަދި ސިޙުރަކުން ގެއްލުމެއް ނުފޯރާނެތެވެ.“

މިޚަބަރުފުޅުގައި އައިސްފައިވާ ބަސްފުޅުގެ މައްޗަށް ޢިލްމުވެރިންގެ ތެރެއިން ވަރަށް ގިނަ ބޭކަލުން ވަނީ މިއީ ޢަޖްވާ ކަދުރަށް ވުން ޝަރުޠު ކުރައްވާފައެވެ. އެހެނަސް އެނޫން ބައެއް ޢިލްމުވެރިން ވަނީ ޢަޖުވާގެ ލަފުޡު މިތާނގައި ގެންނަވާފައި މިވަނީ ޢާންމުކޮށް ބޭނުން ކުރެވި އުޅުނު ކަދުރުގެ ބާވަތް ކަމުންނޭ އެވެ. އެހެންކަމުން ކަދުރުގެ ބާވަތް ތަކުގެ ތެރެއިން ޢަޖުވާ ނޫން އެއްޗަކުން ވިޔަސް މިނަފަޢު ލިބޭނޭ ކަމެވެ. މިއީ ބުރަދަން ބޮޑު ޤަޥްލެކެވެ. އަދި އޭގެ ނަފާ އާއި އަޘަރާއި ބަރަކާތުގައި ޢަޖުވާ ކަދުރު މޮޅުއިތުރުކަމަށް އަހަރެން ބުންޏަސް، މިއިން އެނޫން ކަދުރުން މިނަފަޢު މަނަޢުވުމެއް ނޫނެވެ. ❝


—އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން (ބަސްކޮޅު)
~ ގަލަންދާނު 🖋

ــــــــــــــــــ
📝އިތުރު ތަފްޞީލު: އަދި އެންމެ ފުރިހަމައީ މިޢަޖުވާ އަކީ އަލްމަދީނާ ގެ "އަލްޙައްތަޔިން" އޭ ކިޔުނު ހިސާބުގެ ތެރެއިން ވާ އަޖުވާ ކަމުގައި ވުމެވެ. އެއީ މުސްލިމް ގެ އެއް ރިވާޔަތުގައި ނަންގަނެވިފައިވާ ފަދައިންނެވެ. އަދި އިބުނު ބާޒް ގެ ދެކިލެއްވުމީ، ޖުމްލަކޮށް އަލްމަދީނާގެ އެންމެހާ ކަދުރެއްވެސް މި ޞިފަ އެތަކެތީގައި އެކުލެވިގެންވާ ކަމުގައެވެ. އެއީ މުސްލިމްގެ މިޙަދީޘްފުޅުގެ މައްޗަށެވެ: (( مَنْ أَكَلَ سَبْعَ تَمَرَاتٍ مِمَّا بَيْنَ لاَبَتَيْهَا حِينَ يُصْبِحُ ... )) ”ދެ ލާބާ ގެ ދެމެދުގައިވާ ބިމުން (އެބަހީ: މަދީނާ ޝަހަރުން)* 7 ކަދުރުއޮށް ކައިފި މީހާ ...“ —މިޙަދީޘް. (އަދި މީގައި ޢަޖްވާ އޭ ނަންގަނެވިފައި ނުވެއެވެ.) މީގެ އިތުރުން އައްސަޢްދީ އާއި އިބުނު ބާޒާއި އިބުނު ޢުޘައިމީންގެ ދެކިލެއްވުމީ، މުޠްލަޤު ކޮށް މަދީނާ ނޫން ތަންތަނުގެ ކަދުރުންވެސް 7 ކަދުރު ކައިފި މީހަކަށް، މަނަފަޢު ލިބިގެންވާ ކަމުގައެވެ. —الله أعلم.

ފައިދާއެއް: لاَبَتَيْهَا: ދެ لابة، އެބަހީ: ހިކިފައިވާ އަނގުރުގެ ދެސަރަހައްދެވެ. އެއީ އަލިފާން ފަރުބަދައިގެ އަނގުރު ފައިބައި ބިންގަނޑުގެ މައްޗަށް ހިކިފައި އޮންނަ ދެ ސަރަހައްދެކެވެ. މަދީނާގެ މީހުން ދިރިއުޅޭ ސަރަހައްދު އޮންނަނީ މީގެ ހިކިފައިވާ އަނގުރު ދެލީގެ ދެސަރަހައްދު ދެމެދުގައެވެ. އެގޮތުން، މަދީނަތުލް މުނައްވަރާ އަށް ނިސްބަތްކޮށް މިހެން — ދެ لابة ދެމެދުގެ ތަނޭ — ބުނެވެއެވެ. انظر: فيض القدير للمناوي، ٢/ ٥١٤

Читать полностью…

Galandān ގަލަންދާނު

ﷲ عزوجل ގެ މަގަށް ދަޢުވަތު ދިނުމުގެ ވާޖިބުކަން

❞ މުއުމިނުންގެ ޞިފަތަކުގެ ތެރޭގައި ﷲ ވަނީ ”ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތްތައް ނަހީ ކުރުން“ ގެންނަވާފައެވެ. ފަހެ މުއުމިނުންގެ މިޞިފަތަކުން ޒީނަތްތެރި ނުވެއްޖެ މީހަކީ އެބައިމީހުންގެ ތެރެއިން ވެސް އަދަދު ކުރެވޭ މީހަކަށް ނުވެއެވެ. މިކަން އިތުރަށް ސާފުވެގެންދާ ކަމަކީ، ދެބަސްވުމެއްް ނެތި ކޮންމެ މުއުމިނެއްގެ މައްޗަށް ވާޖިބުވެގެންވާ ޞިފަތަކުގެ ތެރޭގައި ﷲ މިޞިފަ ވެސް ގެންނަވައި ޝާމިލު ކުރައްވާފައި ވުމެވެ. އެއާއި އެކު އެފަރުޟު ޞިފަތަކުގެ ކުރިޔަށް ހެޔޮކަންކަމަށް އަމުރު ކުރުމާއި މުންކަރާތްތައް ނަހީ ކުރުން ގެންނަވައި ﷲ އިސް ކުރެއްވިއެވެ. އެހެންކަމުން މިއިން ދަލީލުކޮށްދެނީ އެކަމުގެ ވާޖިބު ކަމެވެ. އެއީ ﷲ تَعَالى ގެ މިވަޙީފުޅުގައި އެކަން ގެންނަވާފައިވާ ފަދައިންނެވެ:

﴿وَٱلۡمُؤۡمِنُونَ وَٱلۡمُؤۡمِنَٰتُ بَعۡضُهُمۡ أَوۡلِيَآءُ بَعۡضٖۚ يَأۡمُرُونَ بِٱلۡمَعۡرُوفِ وَيَنۡهَوۡنَ عَنِ ٱلۡمُنكَرِ وَيُقِيمُونَ ٱلصَّلَوٰةَ وَيُؤۡتُونَ ٱلزَّكَوٰةَ وَيُطِيعُونَ ٱللَّهَ وَرَسُولَهُۥٓۚ أُوْلَٰٓئِكَ سَيَرۡحَمُهُمُ ٱللَّهُۗ إِنَّ ٱللَّهَ عَزِيزٌ حَكِيمٞ﴾ [التوبة 71] ((އަދި مؤمن ފިރިހެނުންނާއި مؤمن އަންހެނުން އޭގެ އެއްބަޔަކީ އަނެއްބައެއްގެ ސަހަރޯވެރިންނެވެ؛ نصر ވެރި ވާގިވެރިންނެވެ. އެމީހުން ހެޔޮކަންތަކަށް އަމުރުކޮށް منكرات ނަހީކޮށް މަނާކުރެއެވެ. އަދި އެމީހުން ނަމާދު قائم ކުރެއެވެ. އަދި އެމީހުން ޒަކާތްދެއެވެ. އަދި އެމީހުން ﷲ އަށާއި އެކަލާނގެ رسول އާ އަށް ކިޔަމަންތެރިވެއެވެ. އެމީހުންނަށް ނިކަންހުރެ ﷲ رحمة ލައްވާނެއެވެ. ހަމަކަށަވަރުން ﷲ އީ ގަދަފަދަވަންތަ حكمة ވަންތަ ކަލާނގެއެވެ.))

~ އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)
~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

ޢާޝޫރާ ދުވަހުގެ ރޯދަޔަށް ހަނދުމަކޮށްދިނުމެއް

~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

Research: Sunnī-Shī`ah Alliance? A Response to Daniel Haqiqatjou’s Proposed Unity for the Sake of the Muslims In Palestine

In the Name of Allāh, the Most Beneficent, the Most Merciful

What follows is intended as an academic response regarding an important Islāmic topic, for a particular type of Muslim reader. This is not meant to be a response to a person, let alone to deal with any personal or non-academic issues. Those used to watching or listening to “reactions” or looking for personal attacks or inflammatory language, or whose capacity is limited to superficial post-like responses on Islāmic subjects, should look elsewhere.

Those lacking the attention span required to study and grasp prerequisite fundamentals—and then have those basics built upon to a coherent conclusion—will find this material uninteresting and unsatisfying. This is because the pursuit of knowledge requires more effort than social media posts designed to attract the most approval with the least substance. There are no shortcuts to achieving Islāmic knowledge, and there is no substitute for careful, methodical study, which includes hours upon hours of actual reading in order to acquire in-depth comprehension.

If you are a beginner to intermediate student of knowledge, and the topic of Ahl as-Sunnah (i.e., the Sunnīs) allying with the Rāfiḍī Shīʿah is a subject in which you have an interest—and if you possess the necessary patience to investigate this topic with the degree of dedication it requires—then we encourage you to read and spread this essay to whoever you believe will find it beneficial.

For those hoping to look up specific subtopics included within this subject, we hope the Table of Contents will be useful as a quick reference. However, we also encourage you to read the entire essay from beginning to end, as there are several topics laid out with “Essential Point” prerequisite entries, which are referenced later.

We ask Allāh (سُبْحَانَهُ وَتَعَالَى) to accept this small effort on our part towards rectifying the understanding of this topic, and we ask Him (تَبَارَكَ وَتَعَالَى) to reward those who invest the effort to learn about this subject, seeking nothing more than His approval.

And may the peace and blessings of Allāh be upon our Prophet Muḥammad, and upon his family, his Companions, and upon all those who follow him in goodness.


Source: SunnahStudies

Читать полностью…

Galandān ގަލަންދާނު


މިއާއި އެކު، ދަނެގަތުން ލާޒިމު އެއްޗަކީ، އިސްލާމް ދީނުން މުރުތައްދުވުމީ، ކާފަރު ދީނުގައި ފެށުނީއްސުރެވާ "އަޞްލީ ކާފަރު" ކަމަށް ވުރެ، ނުބައިކަން ބޮޑު ކަމެއް ކަމެވެ. މިސަބަބަށްޓަކައި ފިޤުހުވެރިން ވަނީ މުރުތައްދު މީހާ ޤަތުލު ކުޅައުން ސުލްޠާނުގެ މައްޗަށް ވާޖިބު ކަމުގެ މައްޗަށް އިއްތިފާޤުވެވަޑައިގަންނާވާ ފައެވެ. އަދި އޭނާގެ ކުފުރުގައި އޭނާ ދޫކޮށްލުމަށް އެއްބަސް ނުވެވޭނޭ ކަމުގެ މައްޗަށްވެސް އިއްތިފާޤުވެލައްވާފައެވެ. އޭނާ ޖިޒިޔަދީ މުސްލިމުންގެ ޞުލްޠާނަށް ބޯލެނބިޔަސް ޤަތުލުން މިންޖު ވުމެއް ނުވެއެވެ. އެހެނަސް (ތަޥްބާވެ) އިސްލާމް ކަމަށް ރުޖޫޢަވެއްޖެއްޔާމުން މެނުވީއެވެ. އެއީ (40113) ވަނަ ފަތުވާގައި އަހަރެމެން ކުރިން ބަޔާންކޮށްފައިވާ ފަދައިންނެވެ.

ވީމާ، ތިބާގެ މި އަންހެން ކޮއްކޮއަށް މިކަންތައް އުނގަންނައިދިނުން ލާޒިމެވެ. އަދި ނަންގަނެވުނު އޭނާގެ ބޮޑުބޭބެއާއި އެއްވެ އުޅުމުގެ ނުރައްކާތެރިކަން ވެސް މެއެވެ. ވަކިން ޚާއްޞަކޮށް ތިޢާއިލާގެ އެންމެން އޭނާއާއި ގުޅުން ކަނޑައި ދެކޮޅުވެފައި، އޭގެ އިތުރުން އެކަލޭގެއާއި ގުޅުން ނުކަނޑާނަމަ ތިބާގެ މަންމަ މި ކޮއްކޮއަށް ރުޅިވެރިކަން ބާއްވާނޭ ކަމުގެ މައްޗަށް އިންޒާރު ދީފައިވާ ހިނދުގައެވެ.

والله أعلم


— ފަތުވާ ނަންބަތު 122087, އިސްލާމްވެބް

~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

އަހުލު ކިތާބީންނާއި މުޝްރިކުންނާއި މުރުތައްދުންގެ ސަލާމަށް އިޖާބަ ދިނުމާއި މިމައްސަލައާއިގުޅުން ހުރި ބަޔެއް ފިޤުހުތަކުގެ ޚުލާޞާ

🔗https://monogr.ph/685d97c237582ce949f8543d
~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

«އައްތަޙިއްޔާތު» ގެ މާނައަށް ފުން ނަޒަރެއް

🔗https://monogr.ph/6857777e2d3d5757b74962e8

~ ގަލަންދާނު 🖋

Читать полностью…

Galandān ގަލަންދާނު

⚙️The Authentic Modes of Reciting the Tasbīḥ after Obligatory Prayers.

Question: Are the ḥadīths that mention reciting Al-Tashahhud ten times (i.e. reciting the testimony of faith, ten times) after the Salām (i.e. ending) of prayer, authentic?

Answer: The ḥadīths that mention reciting the Tashahhud ten times is to recite: "Subḥān-Allah" thirty-three times, "Al-Ḥamdulillah" thirty-three times, "Wa-Allahu-Akbar" thirty-three times, and to complete a hundred, by reciting: "Lā ʾilāha ʾillallāh waḥdahu lā sharīka lahu, lahul-mulku wa lahul-ḥamd wa huwa ʿalā kulli shayʾin qadīr." and then say: "Lā ilāha illā-Allah" ten times. This narration is ḍaʿīf (weak). The authentic aḥadīth from the Prophet (peace and blessings be upon him) regarding the supplications recited after each prayer are as follows:

1⃣The first method: Say "Subḥān-Allah" thirty-three times, "Wal-Ḥamdulillah" thirty-three times, and "Wal-Allahu-Akbar" thirty-four times.

2⃣The second method: Say "Subḥān-Allah" thirty-three times, "Wal-Ḥamdulillah" thirty-three times, and "Wal-Allahu-Akbar" thirty-three times. And Instead of saying "Allahu Akbar" for the thirty-fourth time you say "La ilaha illa Allah waḥdahu..." once, so each one is thirty-three, and to complete the hundred, you recite "Lā ʾilāha ʾillallāh waḥdahu lā sharīka lahu, lahul-mulku wa lahul-ḥamd wa huwa ʿalā kulli shayʾin qadīr." This is the method that is popular today.

3⃣The third method: Say each one thirty-three times, without completing the hundred.

4⃣The fourth method: To say ten of each.

5⃣The fifth method: To say: "Subḥān-Allah" twenty-five times, "Wal-Ḥamdulillah" twenty-five times, "Wal-Allahu-Akbar" twenty-five times, and "La ilaha illa Allah" twenty-five times.

6⃣The sixth method: It is what was previously mentioned (in the beginning) as ḍaʿīf (weak.)

7⃣The seventh method: This is disputed in defining, as this method refers to the method we mentioned earlier (No. 2 and 3). We have preferred one of its definitions over the other. What we concluded (as more correct) is, reciting: "Subḥān-Allah," "Al-Ḥamdulillah," and "Wal-Allahu-Akbar," each one thirty-three times.

Whereas thare are some who say: "You recite a total sum of thirty-three from of all" which would mean reading each of the three, eleven times only. However, this narration is incorrect. The correct version is what I mentioned, which is thirty-three times from each one, making a total of ninety-nine.

These method (other than what was mentioned as weak) are authentically attributed to the Prophet (peace and blessings be upon him).

— Al-Shaykh Al-Muḥaddith Sulaymān Al-ʿAlwān (audio)
~ Galandān 🖋


-------------
⬆️ Note: We had previously presented the aforementioned authentic modes in the form of a chart. (see: Tasbīḥāt after Prayers , also see: Adhkār After Prayers )

Читать полностью…
Subscribe to a channel