❞ ފާފަ ފުއްސެވުމުގެ ވަސީލަތް ތަކުގެ ތެރޭގައި: ތަޥްބާ ވެއެވެ. އެއީ އޭނާ އަރައިގަތް ފާފަ ނޫނީ ދޫކުޅަ ވާޖިބާއިމެދު، ފުއްސެވުން އެދި ﷲ އަށް އެނބުރިގަނެ (އިނާބާވެ) އެއިލާހަށް ރުޖޫޢަވުމެވެ.
އެއަށް ތިން ޝަރުޠެއް ވެއެވެ:
• ދެރަވުމާއި
• އެފާފައިން ވީއްލިގަތުމާއި
• އެއަށް އަނބުރައި ނުދިޔުމަށް ޢަޒުމު ކުޅައުމެވެ.
އަދި އެކަމަކީ މަޚްލޫޤެއްގެ ޙައްގު އޭގައި އެކުލެވޭ ކަމެއް ނަމަ، އެޙައްޤެއް އަނބުރައި ދިނުމެވެ. ނުވަތަ އެނާފުށުން ހިތްހަލާލު ހޯދުމެވެ. ❝
— ޝެއިޚް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)
~ ގަލަންދާނު
②
މިސަބަބަށްޓަކައި މީހަކު މިޘާލަކަށް، ޒިޔާރަތެއް ދޮށަށް ގޮސްފައި، ނޫނީ މަޒާރެއް ނޫނީ ޤަބުރެއްދޮށުގައި ހުރެ، އޭނާ ހަމައެކަނި ﷲ އަށް ޚާލިޞްވެ ނަމާދުކުރިޔަސް ވަރިހަމައެވެ. އޭނާ އެކަންކުރުން ހުއްދަވެގެން ނުވެއެވެ. އެއީ ކީއްވެހެއްޔެވެ؟ އެހެނީ އޭނާ ގެ އެއަޅުކަން ފެންނަމީހާ އަށް ނެގެނީ އޭނާ އަޅުކަން އެކުރާނީ އެޤަބުރަށްކަމަށެވެ. އެއީ އޭނާ ޙަޤީޤަތުގައި އަޅުކަމުގައި ހުރީ ﷲއަށް އެކަނި ކަމުގައިވިޔަސް އެވެ. ފަހެ އެހެނީ ތިބާ (އެތަނެއްގައި އެއްވެ ހުރުމުން) އެވެރިންގެ އަދަދު އިތުރުކުޅައެވެ.⁽¹⁾ އެހެނީ ބަޔަކު މީހުން އައިސް އެއްވުމަށް ބަލާއިރު، އިރުމަތީ ކަރައިގެ މީހަކާއި ހުޅަނގު ކަރައިގެ މީހަކާއި، ޔަމަނު މީހަކާއި ޢިރާޤު މީހަކާއި ތިބާވެސް އެތަނުގައި އޭގެ ތެރެއިން ފެނި އަދާދުކިރެއެވެ. އަދި ﷲ عز وجل ވަނީ ބޭރުފުށުން އެއްވެ އުޅުމުގެ މައްޗަށް އިންޒާރުކުރައްވާފައެވެ. އެމަނައުގައި އެތެރެފުށް އެނޫން ގޮތަކަށް އޮތަސް ނެތަސް ފަރުވާލެއްނެތެވެ.
މިހެންކަމުން އަބޫ ދާޥޫދު އެކަލޭގެފާނުގެ ސުނަން ފޮތުގައި، ޘާބިތު ބުނުއް ޟައްޙާކުގެ ޙަދީޘް ތަކުން ރިވާކުރެއްވިއެވެ: ”މީހަކު ރަސޫލު ﷲ ﷺ އަރިހަށް ވަޑައިގެން ދަންނަވައިފިޔޭ، އޭ ﷲ ގެ ރަސޫލާއޭ، ބުވާނާ ގައި ޖަމަލެއް ކަތިލުމަށް އަހަރެން ނަޛުރުބުނައްޖައީމޭ.“ —މިބުވާނާ އޭ ކިޔުނު ތަނަކީ ރަތްކަނޑައި ގާތުގައި އޮންނަ އައްސޭރިފުށުގެ އަވަށެކެވެ. އަދި އެއީ ބުވާނާއޭ ކިޔުނު ފަރުބަދައެކެވެ. — އޭނާ ގަސްތަކީ ﷲ އަށްޓަކައި ގުރުބާނީއެއް ކުޅައުމެވެ. އަދި މިއާއިއެކުވެސް ނަބިއްޔު ﷺ ސުވާލުކުރެއްވިއެވެ: ”ޖާހިލިއްޔަތުގެ އެއްވެސް އިރެއްގައި އަޅުކަންކޮށް އުޅުނު ބުދެއް އެތާނގައި ހުރި ހެއްޔެވެ؟“ އޭނާ ދެންނެވިއެވެ: ”ނޫނެކެވެ.“ ޙަދީޘް ކުރެއްވިއެވެ: ”އެތާގައި އެވެރިންގެ ޢީދު ޙަފުލާތަކުން ޙަފުލާއެއް ފާހަގަކޮށް އުޅުނުހެއްޔެވެ؟“ ދެންނެވިއެވެ: ”ނޫނެކެވެ.“
ނަބިއްޔާ ﷺ މިސުވާލުތަކުން ވިސްނުވައިދެނީ، މީހަކު ދުރުތަނެއްގައި ކަމެއް ކުރުމަށް އެދޭނަމަ، އޭނާގެ ނަފްސާއި ގުޅުން އޮތް ކަމެއް އެތަނުގައި ވުމެވެ. އެހުން ނޫންނަމަ އެތަން ޤަޞްދުކުޅައީ ކޮންބޭނުމަކު ހެއްޔެވެ؟ އެހެންކަމުން ނަބިއްޔު ﷺ ތަފްޞީލު އޮޅުން ފިއްލެވިއެވެ. އެއީ ބޭރުފުށަށް އެކަމުގައި އެހެން މީހަކަށް އޮޅުން އަރާފާނޭ ކަމެއް އޮވެދާނެތީއެވެ.
މިގޮތުން އަހަރެމެން ބުނަނީ (ﷲ އަށް ކުރެވޭ) އަޅުކަމުގައިވެސް، މިޘާލަކަށް މީހަކު ﷲ އަށް ގުރުބާނީ އެއް ކަތިލަނީ، އެހެނަސް އޭނާ ބުނަނީ އެތަނަކީ މިޘާލަކަށް ޞަލީބަށް ކަތިލާ ނޫނީ މިޘާލަކަށް ބުދަށް ނޫނީ އެނޫން ފަރާތަކަށް ގުރުބާނީ ކަތިލާ ކޯއްޓޭއެކޭ — ވީމާ މީހަކަށް މި (ﷲ ފިޔަވައި އަޅުކަން ކުރެވޭ) ވަޘަނަށް ގުރުބާނީ ކަތިލެވޭ ތަނަށް ގޮސް، ބޭރުފުށުން އެއްގޮތްކަން ވިޔަސް، ﷲ އަށް ނިޔަތް ގަނެ އޭނާ އަމިއްލަޔަށް އެތާނގައި ގުރުބާނީއެއް ކަތިލުން ހުއްދަހެއްޔެވެ؟ އަހަރެމެން ބުނަނީ އެކަން އޭނާއަށް ވަނީ ނަހީކުރެވިގެންނޭ އެވެ.
މިސަބަބަށްޓަކައި ޝަރީޢަތުގައި ވަނީ (ކާފަރުންނަށް ޚާއްޞަ ކަންކަމުގައި) އެއްގޮތްވުން — އެއީ ކިތަންމެ އާދައިގެ ކަމެއްވިޔަސް — ނަހީވެވިގެން ވުމެވެ. އެއީ އިމާމް ޢަޙުމަދުގެ މުސްނަދުގައި، އަބީ މުނީބު ފުށުން، ޢުމަރުގެފާނުގެ އަރިހުން ގެންނެވި ރިވާޔަތުގައިވާ ފަދައިން: ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ «من تشبه بقوم فهو منهم» ”ބަޔަކާއި އެއްގޮތްވެގަނެފި މީހާ ވަނީ، ހަމަ އެވެރިންގެ ތެރެއިންނެވެ.“
މީހަކު އެހެންބަޔަކާއި އެއްގޮތްވާ ވަރަކުން އެކަމަކީ ފެށި މަޑުމަޑުން ބޮޑުވަމުންދާކަމެވެ. މިހެންކަމުން ބައެއް މީހުން އެއްގޮތްވެގަންނަނީ ނޫނީ ބައެއް ކަންތައް އެއްގޮތް ކުރަނީ އާޝޯޚުވެ ހިތްގައިމުވެގެންނެވެ. އަދި އާޝޯޚުވުމަކީ ހަމައެކަނި ބޭރުފުށަށް އޮންނަ އެތެރެފުށުން ބަޔެއްނެތި އޮންނަ އެއްޗެއް ނޫނެވެ. ވީމާ އޭނާ ބަހުރުވައިން އެވެރިންނާއި އެއްގޮތްވެއެވެ. ދެން ޢަމަލުންނެވެ. ދެން ޢަމަލުގައި އިތުރުވެ ގަދަވަމުންދެއެވެ. މިޘާލަކަށް އެކަން ފެށެނީ ސުލޫކީ ކަމަކުންނެވެ: ބޯކޮށުމުގެ ވައްޓަފާޅި ފަދައިންނެވެ. ދެން ލާތަކެތިންނާއި ހެދުމުންނެވެ. ދެން ބަހުރުވައެވެ. އެއީ އޭނާގެ ޢަރަބި (މާދަރީބަސް) ބީވެއްޖެއުމާއި ހަމައަށެވެ. ދެން އެވެރިންގެ ދީނަށްވެސް އޭނާގެ ހިތްލެނބެއެވެ. އެހެނީ ޝައުޤުވެރިކަމާއި ހަވާނަފްސަކީ ދީނުގެ ތެރެއިންވާ ކަންކަމާއި ޢާދަކާދައިގެ ތެރެއިންވާ ކަންކަން ވަކިކޮށް ފަރުޤުކޮށްދޭ އެއްޗެއް ނޫނެވެ. މިހެންކަމުން ޢާދަކާދަތަކުގެ ނިވަލުގައި އެއްގޮތް ވެގަންނަ މީހާ، އެހެންގޮސް ދީނީ ކަންކަމުގައި ކޮޕީކޮށް އެއްގޮތް ވުމުގެ ތެރެއަށްވެސް ވެއްޓިދެއެވެ. މިހެންކަމުން ޝަރީޢަތުން މި ހުރަސް ގެނުވާފައިވަނީ އިސްލާމް ދީނުގެ ދާއިރާ ޙިމާޔަތް ކުރުމަށެވެ.
----------------
[1] އިބްނު ޢައްބާސް ވިދާޅުވިއެވެ: (من كثّر سواد قوم فهو منهم ومن رضي عمل قوم كان شريك من عمل به’) (ޙަފުލާތަކުގައި ހުރެ) ބަޔެއްގެ އަދަދު ގިނަކޮށްދޭ މީހާ، އޭނާ ވަނީ އެވެރިންގެ ތެރެއިންނެވެ. ބަޔެއްގެ ޢަމަލާއިމެދު ރުހިއްޖެ މީހަކީ، އެކަމެއް ކުރި މީހުންގެ ބައިވެރިއެކެވެ.
🗣Evil Eye and The Du‘ā for Barakah
❝ Ḥadīth
«إذا رأى أحدكم ما يعجبه فليبرِّك»
“If one of you sees something that he likes, let him (supplicate to) bless it,” ⁽¹⁾
— i.e. let him pray for blessing, such as saying:
(اللَّهُمَّ بَارِكْ)
(Oh Allah, bless it), or
(بارَكَ اللَّهُ لَك)
(May Allah bless you)
— and similar expressions.
❌ As for people saying:
”ما شاء الله تبارك الله“
“Allah has willed it; blessed be Allah”
— this has nothing to do with the above ḥadīth. Since this is a glorification to Allah عَزَّ وَجَلَّ, (signifying his attributes and is not a supplication), that "nothing is possible except with His Will". The other denotes the Magnificence of Allah سبحانه وتعالى and in increase of His bounty and goodness. ❞
— Ṣāliḥ Al- ʿUṣaymī (text)
~ Galandān
------------------
[1] There is a dispute regarding the authenticity of some of the narrations of this ḥadīth. As for the narration of Sahl ibn Ḥunayf, it is Ṣaḥīḥ — Allahu Aʿulam — see: Muḥammad bin Sinjāb Al-Atharī's "Al-ʿAynu Ḥaqqun" (p. 28) notes under "the Ḥadīth of Sahl ibn Ḥunayf." For the complete text of the ḥadīth En/Ar (see)
Also See: details on the issue in general, Islamqa Fatwa (130786) and (267316)
⬆️
މަތީގައިވާ މައްސަލާގައި، ދިވެހިބަހުން ކުރިން ޝާއިޢު ކުރެވިފައިވާ ޕޯސްޓަރ އެއް.
~ ގަލަންދާން
①
❝ When sitting for the tashahhud, the method of clenching the fingers of the right hand is (generally) in two methods:
The First Method: He clenches two of his fingers, namely the little finger and the ring finger, and circles his thumb and the middle finger, and points with his index finger and bends it slightly.
This description came from the two ḥadīths: (One is from) ʿAyyūb, on the authority of Nāfʿi on the authority of ʿAbdullah bin ʿUmar رَضِيَ ٱللَّٰهُ عَنْهُما , and from the ḥadīth of: Wāel bin Hujr, رَضِيَ ٱللَّٰهُ عَنْهُ — Except the phrase "he bent it a little" which was reported from the ḥadīth of Mālik bin Numayr Al-Khuzāʿī, on the authority of his father, رَضِيَ ٱللَّٰهُ عَنْهُ, who said: “I saw the Prophet ﷺ, placing his right hand on his right thigh and raising his forefinger curving it a little.”
As for chain of transmission of this ḥadīth of Mālik: it is not problematic, and Ibn Khuzaymah authenticated it. As for Mālik bin Numayr: His reliability is not problematic (lā baʾsa bihī) ⁽¹⁾
The Second Method: He clenches all his fingers, and points with the index finger only.
This description came from the ḥadīth of ʿAlī bin ʿAbdul Raḥmān Al-Muʿāwī, on the authority of ibn ʿUmar رَضِيَ ٱللَّٰهُ عَنْهُما: “The Messenger ﷺ clenched all his fingers, and pointed with the finger which is adjacent to the thumb.” This was narrated by Muslim in his Ṣaḥīḥ.
⏺ None other than these two methods are proven. And the pointing is done with one finger only.
🔵As for moving the index finger which is pointed: the Sunnah is to point with it only, as for moving, then no.
Those who advocated moving it uses as evidence, what was narrated by Zāidah bin Qudāmah, on the authority of ʿĀsim bin Kulayb, on the authority of his father, on the authority of Wāel bin Ḥujr, رَضِيَ ٱللَّٰهُ عَنْهُ: “He ﷺ, raised his finger... moving it, supplication with it.” (يحرِّكُها يدعو بها)
His narration added the words “moving it”. This is an anomalous addition, and it stands itself (tafarrad) contradictory to the rest of the trustworthy imāms who narrated the ḥadīth (from the same narrator.) ⁽²⁾
It was also narrated what was in direct contradiction to it, from the ḥadīth of ʿAbdullah bin Al-Zubayr رَضِيَ ٱللَّٰهُ عَنْهُ, as brought by Al-Nasāʾī, where he said: “The Prophet ﷺ used to point with his finger when he supplicated, but would not move it,” so it added: (ولا يحرِّكُها) “He would not move it”, and this addition is more stronger (in chain) than Zāidah bin Qudāmah’s additioning, and it contradicts it.
🔵And the meaning of “when he supplicates” i.e. “when he recites the tashahhud”. ⁽³⁾
🔵 In brief: the authentic aḥādīth does not contain proof of "moving", rather what it states is "pointing", and "pointing" does not necessitate "movement". On the contrary, movement is something additional to the pointing, which is in need of authentic evidence. If you move your hand, this is something more than just pointing with it. ❞
— Shaykh Al-Muḥaddith ʿAbdullah Al-Sʿad (text)
~ Galandān
------------------
[1] As for the narration [Curving it a little] note that Al-Ṭārīfī ruled it as defective, and the reason for this is the dispute in the reliability of Mālik bin Numayr and an apparent tafarrud by him (Ref. Al-Ṭārīfī here). Al-ʿAlwān also declared it defective and stated that tafarrud of Mālik bin Numayr is not acceptable in such a matter. (Ref. Al-ʿAlwān here) As for Shaykh ʿAbdullah Al-Sʿad , he differed, his reponse in declaring the narration as "acceptable" can be viewed (here).
#حديث_ضعيف
“It is not proven that the Isrā’ and Mi’rāj occured in (the month of) Rajab, and there is no authentic ḥadīth from the Prophet ﷺ nor from any of the Companions, specifying its year, month, or day.”— 'Abdul 'Azīz Al-Ṭārīfī (quote)
“...The saying that Isrā’ occured in Rajab has no basis. It is said that it was in Rajab. Likewise it is said Rabī’ al-Awwal. It is also said other than these and there is no basis for this nor that. Even the (sepcific day of) Isrā’ has not been proven, so how can the month be proven? The opinion of the majority is that Isrā’ occured three years before the Hijrah —this is the opinion of the majority of scholars and the majority of biographers. As for specifying the specific month being such-and-such —nothing has been proven about it, and even if anything had been proven, this does not mean that this month is (out of ordinarily) designated for worship, 'Umrah, or anything else...” — Shaykh Sulaymān bin Nāṣir Al-'Alwān (audio)
~ Galandān
⬆️ ޤުނޫތު ނާޒިލާ ކިޔުމުގެ ވަޤުތުތަކާއި އޭގައި ދެމިހުރުމުގެ މުއްދަތުގެ މައްޗަށް ޝެއިޚް ސުލައިމާން އަލްޢަލްވާން ގެ ރައުޔު.
~ ގަލަންދާން
•••
⏺އަސީރުންނަށް އެހީވުމީ ޖަންނަތުގެ އަހުލުންގެ ސިފަޔެކެވެ. އަދި އަންހެނުންނާއި އެވެރިންގެ ފިޔަދަށުގައިވާ ކުޑަކުދިން، މިކަމުގައި ޚާއްޞައެވެ. އަހަރެމެންގެ ލިޔުން "އަލް-ޙަޥްލް ގެ ނިދާ" ގައި {وَيُطْعِمُونَ الطَّعَامَ عَلَى حُبِّهِ مِسْكِينًا وَيَتِيمًا وَأَسِيرًا} — މިއާޔަތުގެ ތަފްޞީރާއިމެދު ވާހަކަ ދައްކާފައިވާނެއެވެ. އޭގައި ޢިލްމުވެރިންގެ ތެރެއިން ބައިގަނޑެއް ޖަންނަތުގެ އަހުލުންނަށް ނިސްބަތްވާ މި އޯގާތެރިކަމުގެ ޞިފައަކީ، މުސްލިމުންގެ އަތްދަށުގައިވާ ކާފަރުން ކަމުގައިވެސް ވިދާޅުވިއެވެ. އަދި ބައެއް ބޭކަލުން، އެއީ މުސްލިމުންގެ ތެރެއިންވާ އެންމެހާ އަސީރުން ކަމަށްވެސް ވިދާޅުވިއެވެ. ކުށާއިއެކު ނޫނީ ނުލައި ވިޔަސްވާ ހައްޔަރީންނެވެ.
އިސްލާމް ދީނަކީ ކުށަށް ޙައްޤު އަދަބުދީ އެހެނަސް އެކަމުގައި އަނިޔާވެރި ނުވާ އަދި ހައްދުފަހަނަ އަޅައި ނުދާ ދީނެކެވެ. އަދި އެއްފަހަރަށްވުރެ ގިނައިން އިތުރުއެކަލޭގެފާނުން ﷺ އަރިހުން ޙައްދު ގާއިމުކުރެވޭ ފަރާތަކާއި މެދު ބަދުބަސް ބުނެ އަނިޔާވެރިވުމާއިމެދު ނުރުއްސެވުން ވާރިދުވެފައިވެއެވެ. އެހެންކަމުން އަދަބެއް ކަނޑައެޅުމަށް ފަހު އޭގެ މައްޗަށް އަނިޔާވެރިވެ ރަޙުމްކުޑަކޮށް، އެވެރިންގެ ޙައްޤުތަކުން މަޙުރޫމް ކުރުމީ މިދީން ދަންނަ ޞިފަޔެއް ނޫނެވެ. އަދި އަހުލުބައިތުން ހައިހޫނުކަމުގައި ތިއްބަވައި ވެސް އަސީރުންގެ އާދޭހަށް އިޖާބަދެއްވިއެވެ. އަދިކިޔެއްތަ، ﷲ އެންގެވީ އަސީރުންގެ ބަނޑުފުރާނަ މުއްތި ކުޅައުމީ، ޖަންތުގެ އަހުލުންގެ ޞިފަޔެއް ކަމުގައެވެ.
ކެރިތިބެ އަހަރެމެންގެ އުޚްތުންނާއި ޅަދަރީންނަށް އޯގާތެރިވާށެވެ. ޙައުލްގެ އަސީރާއިންގެ ޙައްޤުގައި ވަކާލާތުކޮށް ބޭއިންސާފާއި އަނިޔަލުން ދިފާޢުކުރާށެވެ.
~ ގަލަންދާނު
📌
އެފަސް ޝަރުތަކީ މިއީކަން ދަނޭ
ޢަދުލްއިންސާފުއާ ރަހުމް އެކުލެވޭ
މުޚްލިޞްކަމާ މިޢިލްމުން ވެޔޭ
އުޑާބިމުގެ ރަހުމް، ތިބާޔަށް ވެޔޭ
~ ގަލަންދާނު
⬆️#އަރުޝީފް
• ހަށަން ބަނުމުގެ ޖަގަހައާއިމެދު، ޢަދުލުވެރި ބަޙުޘެއް •
މަޞްދަރު: ޝައިޚް އަލްމުޙައްދިޘް ޑރ. މާހިރު އަލްފަޙްލު ގެ ތަޢްލީޤާއި އެކު ޝާއިޢު ކުރެވިފައިވާ ޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އައްޠަރީފީ ގެ "ޞިއްފަތު ޞަލާތިއް ނަބިއްޔި ﷺ " ފޮތުގެ ޞ. 87 - 90
~ ގަލަންދާން
❞ ގިނަބަޔަކަށް ނޭނގޭ މަޢުލޫމާތެއް: ފަލަސްތީނަށް ޔަހޫދީން ވެއްދީ ކޮންބަޔެއްހެއްޔޭ؟ — އެއީ ޞަފަވީ ދަޥްލަތެވެ. ޔަހޫދީން ފަލަސްޠީނަށް ވަދެފައިވަނީ ޞަފަވީ ދަޥްލަތުގެ މަރުހަބާއާއި މަދަދާއި އެކުގައެވެ. ޞަފަވީ ދަޥްލަތަކީ، (ރާފިޟީ) އީރާން ގެ ދަޥްލަތެވެ. ❝
— ޝެއިޚް ސުލައިމާން ބްނު ނާޞިރަލް ޢަލްވާން
(އައްލިޤާއުލް މަފްތޫޙް 17 އިން، ބަސްކޮޅު)
~ ގަލަންދާން
📎 ނަޞާރާއިންގެ ކްރިސްމަހާއި އެވެރިންގެ އައު އަހަރާއި މެދު
①
- لا يجوز تهنئة النصراني بفرية ميلاد ابن الله، وإن هنأك بعيد اﻹسلام؛ ﻷن أحكام الله ليست مبادلة، فليس لك أن تعظم الصنم ﻷن الوثني دخل معك المسجد!
ﷲ ގެ ދަރިކަލުގެ މީލާދު (އުފަންދުވަސް) އޭ ބުނާ ބުހުތާނު ދޮގުގައި ނަޞާރާއިންނަށް ތަހުނިޔާ ކިޔުން ހުއްދަވެގެން ނުވެއެވެ. އެއީ އިސްލާމުންގެ ޢީދު ތަކުގައި ތިބާއަށް އޭނާ ތަހުނިޔާ ކިޔައިހެދިޔަސް އެވެ. އެހެނީ ﷲ ގެ ޙުކުމްފުޅުތަކީ ބައިއެޅޭ އެއްޗެއް ނޫނެވެ. ވީމާ ބުދަށް އަޅުކަން ކުރާ މީހެއް ތިބާއާއެކު މިސްކިތަކަށް ވަނީތީ ބުދަށް މާތްކޮށް ހިތުމެއް ތިބާއަށް ނުވެއެވެ.
- يوم ميلاد المسيح لا يثبت تحديده، والخلاف قائم لدى اﻷرثوذكس والكاثوليك إلى اليوم، فهم لم يحفظوا كتابهم، فكيف بحفظ ميلاد صاحب الكتاب!
ޢީސާގެފާނު ސީދާ އުފަންވެވަޑައިގަތް ދުވަސް ޘާބިތުވެފައި ނުވެއެވެ. އަދި އޮތޮޑޮކްސް އާއި ކެތޮލިކް ނަޞާރާއިން ދެމެދު މިކަމުގައި ޚިލާފު އަދާއިހަމައަށްވެސް އެބަ އޮތެވެ. ފަހެ އެވެރިންނީ އެވެރިންގެ ފޮތް ރައްކައުތެރިކޮށް ނުބެލެހެއްޓުނު ބައެކެވެ. އެހެންވީއިރު އެފޮތުގެ ސާހިބާގެ މީލާދު ރައްކައުކޮށް ބަލަހައްޓާނީ ފަހެ ކިހިނަކުން ހެއްޔެވެ؟
- يكاد يتفق آباء الكنيسة ومؤرخوها أن ميلاد المسيح حدد رسميا متأخرا بعد القرن الثالث للميلاد، وأن تحديده كان رمزيا لا توثيقا ليوم ثابت بيقين.
ކަނީސާގެ ކާބަފައި ވެރިން (ޗާޗް ފަރދާސް) އާއި މުއައްރިޚުން އިއްތިފާޤުވާގޮތުން، ޢީސާގެފާނުގެ މީލާދު ރަސްމީގޮތެއްގައި ކަނޑައެޅުނީ މީލާދީގޮތުން ތިންވަނަ ޤަރުނަށްވުރެންވެސް ފަހުންކަމެވެ. އަދި އެއީ ރަމްޒީ އެއްޗެއް ކަމާއި އެކަނޑައެޅުމަކީ ލިޔެކިޔުމުގެ މައްޗަށްވާ ޘާބިތު ޔަޤީން ދުވަހެއް ގޮތުގައި ނޫންކަމެވެ.
- في ميلاد المسيح يتذاكر النصارى بنوّته لله: {وَقَالُوا اتَّخَذَ الرَّحْمَٰنُ وَلَدًا، لَّقَدْ جِئْتُمْ شَيْئًا إِدًّا، تَكَادُ السَّمَاوَاتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ الْأَرْضُ وَتَخِرُّ الْجِبَالُ هَدًّا}.
ޢީސާގެފާނުގެ މީލާދުގައި ނަޞާރާއިން އާލާކުރަނީ ﷲ އަށް ދަރިންވާކަމެވެ. {وَقَالُوا اتَّخَذَ الرَّحْمَٰنُ وَلَدًا * لَّقَدْ جِئْتُمْ شَيْئًا إِدًّا * تَكَادُ السَّمَاوَاتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ الْأَرْضُ وَتَخِرُّ الْجِبَالُ هَدًّا}. ”(88) އަދި އެމީހުން ބުންޏެވެ. رحمن ވަންތަ ރަސްކަލާނގެ ދަރިކަލަކު ހިއްޕަވައިފިއެވެ. ދަރިކަލަކު إختيار ކުރައްވައިފިއެވެ. (89) (އޭ މިތިބަ ކާފަރުންނޭވެ!) ކަލޭމެން އެހެން ބުނެފިއްޔާ އެބުނީ ހަމަ ވަރަށްބޮޑުވެގެންވާ ބަހެކެވެ. (90) އޭގެސަބަބުން އުޑުތައް ފަޅަފަޅައިގެންދިއުން ގާތްވެގެންވެއެވެ. އަދި ބިންގަނޑު ކަނޑަކަނޑައިގެންގޮސް އަދި ފަރުބަދަތައް ހަލާކުވެ ކުދިކުދިވެ ތިރިވުން ގާތްވެގެންވާ ވަރުގެ ވާހަކައެކެވެ.“
- يُنزه النصارى رهبانهم عن الزوجة واﻷولاد، ويجعلون ذلك لله، تعالى الله عن ذلك علوا كبيرا .
އަނބީންނާއި ދަރީންގެ ފުށުން ނަޞާރާއިން އެވެރިންގެ (މާތް އަޅުވެރި) ރާހިބުން ވީއްލުވައެވެ. އެހެނަސް އެއުރެން ﷲ އަށް އެކަންތައް (އަނބީންނާއި ދަރީން ވުން) ލައްވުވައެވެ. އެފަދަކަމަކުން ﷲ އަރަހުށި ވޮޑިގެންވެ މާ މަތިވެރިވޮޑިގެންވެއެވެ.
- الزواج من الكتابية لا يلزم منه التهنئة بعيدها، فيجوز الزواج من ابنة قاتل أبيك، ولا تقبل فرحها بمناسبة القتل، وكذلك فرحها بولادة ابن لله تعالى!
އަހުލު ކިތާބީން ކުރެ އަންހެނަކާއި ކައިވެނި ކުރުމީ، އެކަނބުލޭގޭ ޢީދުގައި ތަހުނިޔާ ކިޔުން ލާޒިމު ކުރުވާ ކަމެއް ނޫނެވެ. ތިބާގެ ބައްޕަގެ މަރާލި ޤާތިލެއްގެ ދަރިޔާއި ކައިވެނި ކުރުން ތިބާއަަށް ހުއްދައެވެ. އެހެނަސް، އެޤަތުލުގެ މުނާސަބަތުގައި އެކަނބުލޭގެ ކުރާ އުފައު ބަަލައިގަތުމެއް ނުވެއެވެ. ހަމައެފަދައިން އަރަހުށި ﷲ އަށް ދަރިޔެއް އުފަން ވީތީ (ކަމަށް ދެކި) އޭނާވާ އުފަލުގައިވެސް މެއެވެ.
- تهنئة النصارى (بالكريسماس) لا تجوز باتفاق المذاهب اﻷربعة، ولا أعلم قولا مخالفا في هذه المسألة إلا في الزمن المتأخر، وهي أقوال لا يُعتد بها.
ނަޞާރާއިންނަށް "ކްރިސްމަސް" ގައި ތަހުނިޔާ ކިޔުން، ހަތަރު މަޛުހަބުގެ އިއްތިފާޤުން ހުއްދަ ވެގެން ނުވެއެވެ. އަދި މިއާއި ޚިލާފު ޤަޥްލެއް މިމައްސަލާގައިވާކަމުގައި އަހަރެންނަށް އެނގިފައި ނުވެއެވެ. އެއީ ފަހުގެ މިޒަމާނުގައި ފިޔަވައެވެ. އަދި (މިޒަމާނުގެ) މިޤަޥްލުތަކަކީ އެއަށް ބުރަދަނެއް އޮތް އެއްޗެއް ނޫނެވެ.
- تحريم تهنئة النصارى بعيدهم كعيد الميلاد لا يعني مقابلتهم بالتعنيف، بل يُتألف قلب العامي بدعوة لينة للتأمل بحقيقة هذا الرب المولود! تعالى الله.
ޢީދުމީލާދު (ކްރިސްމަސް) ފަދަ ދުވަސް ތަކުގައި ނަޞާރާއިންނަށް ތަހުނިޔާ ކިޔުން ޙަރާމް ވުމުގެ މާނައީ އެވެރިންނަށް އެއްޗެހިގޮވުމެއް ނޫނެވެ. އެހެނަސް، ޢާންމު މީހާގެ ހިތަށް މަޑުމައިތިރި ދަޢުވަތުން ގާތްވެ ކަނލާގެއެއް އުފަންވުމުގެ މިކަންތަކުގެ ޙަޤީޤަތާއިމެދު ފިކުރުހިންގުވުމެވެ. ﷲ އަރަހުށިވޮޑިގެންވެއެވެ.
=
“The silence of Muslims in supporting the oppressed in prisons, has encouraged the oppressors to excel their injustice in multiple forms. The female protestors are demanding some legitimate rights. So why are they accused of rebellion or sedition? It is upon the people of reason and consideration to hear the demands before they turn down the matter as something else.”
— Shaykh Sulaymān Al-'Alwān (text)
~ Galandān
🔻
••• ޤަވާޢިދު •••
«ޝަހާދަތުގެ ދެކަލިމަ ކިޔައި، އަދި އޭނާ ފުށުން އެކަނޑައިގެންދާ ކަމެއް އެނގިގެން ނުވާ މީހާ، ދާރުންކުރެ ކޮންމެ ދާރެއްގައި ހުއްޓަސް⁽¹⁾ ފަހެ އެފަދަ މީހަކީ: ދީން ފާޅުކުރާ، ޠާޣޫތަށް ކާފަރުވާ، ﷲ އަށް އީމާންވާ މީހެކެވެ.»
އަލްޢައްލާމާ، އިބްނު ހުބައިރާ رحمه الله، ”كلمة التوحيد“ ގައި ވިދާޅުވިއެވެ:
”އެއިން ލިބެނިވި ޖުމްލަވީ ފައިދާ އަކީ: މިކަލިމާގައި ޠާޣޫތަށް ކާފަރުވުމާއި، ﷲ އަށް އީމާންވުން ޝާމިލުވެފައި އޮތް ކަމެވެ. އެހެނީ ތިބާ (ބާޠިލު) ޢަޅުވެތިވުންތައް ނަފީކޮށް، ﷲ سبحانه އަށް އެއްބަސްވުން ހެކިކުޅާ ހިނދު، ތިބާ ތިވަނީ، ޠާޣޫތައް ކާފަރުވެ، ﷲ އަށް އީމާންވި މީސްތަކުންގެ ތެރެއިންނެވެ.“
— އަބޫ ސަލްމާން ޙައްސާން ޙުސައިނުއް ޞޫމާލީ (ބަސްކޮޅު)
~ ގަލަންދާނު
------------------------
[1] އެބަހީ: ހަރުބީ ކާފަރު ބިމެއްގައިވިޔަސް ނޫނީ އިސްލާމީ ބިމެއްގައި ވިޔަސްއޭ އެވެ.
③
މިހެންކަމުން މި ލޯބިވެރިންގެ ޢީދު (ވެލެންޓައިންސް ޑޭ) ގެ ޙަފުލާ އާއިމެދު އަހަރެމެން ބުނަނީ، އެއީ ޖާހިލިއްޔަތުގެ ޢީދެއް ކަމެވެ. އަދި ނަޞާރާއިންގެ ބަޔެއް މާތް މީހުންގެ ހަނދާނުގައި ވާ ޢީދެއްކަމެވެ. އަދި އެކަން ފެށިފައިވަނީ ޖާހިލިއްޔަތުގައި މީލާދީން 300 ވަނަ އަހަރުގައި ކަމެވެ.
އަދި އެވެރިންގެ ބަޔަކު ބުނާގޮތުން މި މުނާސަބަތަކީ، އެޒަމާނުގެ ރަސްކަލެއް ކައިވެނިކުރުން މަނައުކުރުމުން މިބުނެވުނު މާތް މީހާ ސިއްރުގައި ކައިވެނިކޮށްދިނުން ކުރިޔަށް ގެންދިޔައީތީއެވެ. (ދެން އޭނާ މަރާލެވުނީއެވެ.) ދެން އެދުވަސް ފާހަގަކޮށް މިމީހާ މީސްތަކުންނަށް ކަމެއް ކޮށްދިނީތީ މަތިވެރި ކުޅައީއެވެ. އަދި މިނޫން ގޮތެއްގައި މިވާހަކަ ވިޔަސް، އަހަރެމެން ބުނަނީ މިކަމަށް ހާޖަތް ޖެހުމަށްވުރެ އަހަރެމެންގެ އިސްލާމީ ޝަރީޢަތް މުއްސަނދިވެ ފުދިގެންވާ ކަމެވެ. އެބައި އިތުރުކުޅައުމަށް ފަހެ ޝަރީޢަތުން ލޯބީގެ ބާބު ވިރިދިޔައީހެއްޔެވެ؟ ލޯތްބަށް ހިތްވަރު ދެއްވައި އެތަކެއް ޙަދީޘެއް ވެއެވެ. އަނަސް ބުނު މާލިކުގެ ޙަދީޘުގައި ނަބިއްޔު ﷺ އަރިހުން، ޙަދީޘް ކުރެއްވިޔޭ: «ﻣﺎ ﺗﺤﺎب رﺟﻼن ﻓﻲ اﷲ ﻗﻂ، إﻻ ﻛﺎن أﻓﻀﻠﻬﻤﺎ أﺷﺪﻫﻤﺎ ﺣﺒﺎ ﻟﺼﺎﺣﺒﻪ.» (ﷲ އަށްޓަކައި ދެމީހަކު ލޯތްބެއް ދުވަހަކުވެސް ނުވެތޭ، އެހެނަސް އޭގެ ތެރެއިން އެންމެ މޮޅުއިތުރު މީހަކީ އޭނާގެ އެކުވެރިޔާއަށް ލޯބީގައި އެންމެވަރުގަދަ މީހާ ކަމުގައި ވާގޮތުގައި މެނުވީއެވެ.)
މާނައީ، މީހަކު އޭނާގެ އެކުވެރިޔާއަށް ލޯބި އިތުރުވާ ކޮންމެ ހިނދަކު، ﷲ سبحانه وتعالى ޙަޟުރަތުގައި އޭނާ މޮޅުއިތުރުވެދެއެވެ.
ހަމައެފަދައިން ނަބިއްޔު ﷺ ވަނީ މީސްތަކުން މެދުގައި ލޯބިފެތުރުމަށްވެސް ބާރުއަޅުއްވާފައެވެ. އަދި މީހަކު އަނެކާއަށް ލޯބިކުރާކަން އެންގުމަށްވެސް މެއެވެ. އޭގައި ލިޔުމުން ނޫނީ ދިމާވެގެންވިޔަސް ނޫނީ އެފަދަ އެނޫން ގޮތަކުންވިޔަސް އެކަން ހާމަކުރުމުގައި ތަފާތެއްނެތެވެ. މިކަންވެސް ތަފާތު ޙަދީޘް ތަކަކުން ނަބިއްޔު ﷺ އަރިހުން ވާރިދުވެފައިވެއެވެ. އަލްމިޤްދާދު ބުނު މަޢްދީ ކަރިބް އަރިހުން، މުސްނަދުގައިވާފަދައިން ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ «إِذَا أَحَبَّ أَحَدُكُمْ أَخَاهُ فَلْيُعْلِمْهُ» (ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަޚާދެކެ ލޯބިވާނަމަ، ފަހެ އޭނާއަށް އެކަން އަންގާހުށިކަމެވެ.) —އެބަހީ އޭނާއަށް ތިބާ ލޯބިވާކަން އަންގާށޭ އެވެ. ކީއްވެހެއްޔެވެ؟ އެހެނީ މިކަމުގެ ސަބަބުން ގުޅުން ބަދަހިކުރުވައެވެ. އަދިފަހަރެއްގައި އޭނާގެ ހިތުގައި ކޮންމެވެސް ނުތަނަވަސްކަމެއް ތިބާއާއިމެދު އޮވެދާނެއެވެ. އަދި މިކަން ހާމަކުރުމުން ހެވަށް ވެދެއެވެ.
މިހެންކަމުން އަހަރެމެން ބުނަނީ، ލޯތްބާއި ގުޅުންބަދަހި ކުރުމާއި ގުޅިފައިވާ ކަންތައް ޝަރީޢަތުންވަނީ އެކަން އާލާކުރުމަށް ހިތްވަރުދީފައެވެ.
ވީމާ ޝަރީޢަތެއް ލޯބީގެ ދޮރުތަކެއް ބަންދެއް ނުކުރެތެވެ. ބަންދު ކޮށްފައިވަނީ (ކާފަރުންނާއި) އެއްގޮތް ވުމުގެ ދޮރުތަކެވެ. އެހެނީ ކޮޕީކޮށް އެއްގޮތް ވުމުގެ ބާބު، ލޯތްބާއި، ލިބާހާއި ބަހުރުވަޔާއި އަޅުކަމާއި އެނޫން ތަކެތީގައިވެސް ހޭކިދެއެވެ. އަދި އޭގައި ޖިންސިއްޔަތާއި އެއާއި ގުޅުން ހުރި މައްސަލަތައް އެކުލެވެއެވެ. އެއީ ޢީދުތަކުގައި ނޫނީ ލޯބީގައި ނޫނީ އެނޫން ގޮތްތަކުންވެސް (ހައްދުތަކެއްގެ ތެރޭ) މަނައުކަންކަމެވެ. ❝
— ޢަބްދުލް ޢަޒީޒް އައްޠަރީފީ (މަޞްދަރު)
~ ގަލަންދާން
①
❞ ޢީދުތަކާއި މުނާސަބާތަކަށް ބަލާއިރު، އަހަރެމެންގެ ޤަވްލަކީ އިސްލާމީ ޝަރީޢަތުގައި އެތަކެތި އައިސްފައިވަނީ އިސްލާމީ އުއްމަތަށް ހުރި ވަކިއެއްޗެހި ތަކެއް ގޮތުގައި ކަމެވެ. އެއަށް ޚާއްޞަކުރެވިފައިވާ ގޮތުގައެވެ.
އެހެނީ، ޒާތީގޮތުން އަދި ޖަމާޢަތެއްގައި މަސައްކަތްކުރާ ފަރާތެއްގެ ޙައިސިއްޔަތުން މީހާ (އުޅެންޖެހޭނޭ) ސުލޫކާއި ޢަމަލުކުރަންޖެހޭގޮތުގެ ފަރަޤާއި ތަފާތު ޝަރީޢަތް ވަނީ ކަނޑައަޅައި ގެނެސް ދީފައެވެ.
ޢީދުތަކީ (އެބަހީ: ފާހަގަ ކުރާ ޚާއްޞަ މުނާސަބާތަކާއި ދުވަސްތަކީ) ގިނަފަހަރަށް ވަކި އުއްމަތަކަށް ނޫނީ މީސްތަކަކަށް ނޫނީ ޖަމާޢަތަކަށްވާ ތަކެއްޗެވެ. އެހެނީ އެތަކެއްޗަކީ މީސްތަކުން ދިރުވައި، އެހެންޏާ އެންމެން އެއްވެއް ރާވައިގެން ނޫނީ ފަރުދީ ގޮތެއްގައި ރާވައިގެން، ޖަމާޢަތެއްގެ ތެރޭ ޙަފުލާތައް ބޭއްވޭ ތަކެއްޗެވެ.
މިފަދަ ޢީދީ ޙަފުލާތައް ވަނީ ޝަރީޢަތުގައި ކަނޑައެޅި، އެކަން ހަމައެކަނި އިސްލާމީ ދެޢީދަށް ހަނިކުރެވިފައެވެ. މިއީ ނަބިއްޔު ﷺ އަރިހުން ދެޞަޙީޙުގައި ޢާއިޝާ ރިވާކުރެއްވި ޙަދީޘުގައި ވާފަދައިން ނެވެ: "ކޮންމެ ބަޔަކަށް ވެސް ޢީދުތަކެއް ވެއެވެ. އަދި މިއީ އަހަރެމެން ގެ ޢީދެވެ.“ —އިސްލާމުންގެ ޢީދެވެ. އެއީ ފިޠުރު ޢީދާއި ޢަޟުޙާ ޢީދެވެ.
ހަމައެފަދައިން، ނަބިއްޔު ﷺ މަދީނާއަށް ވަޑައިގެންނެވިހިނދު މަދީނާގެ ޢަހުލުން ކުޅިވަރުކުޅެ އުޅުނު ދެ ޢީދެއް އޮތެވެ. ނަބިއްޔު ﷺ އެކަމާ ސުވާލުކުރެއްވުމުން އެއީ ތިމަންމެންގެ ޖާހިލިއްޔަތުގައި ފާހާގަކޮށްއުޅުނު ދެޢީދެއް ކަމުގައި އެވެރިން ދެންނެވޫއެވެ. ނަބިއްޔު ﷺ ދެން ޙަދީޘް ކުރެއްވިއެވެ: "قَدْ أَبْدَلَكُمُ اَللَّهُ بِهِمَا خَيْرًا مِنْهُمَا: يَوْمَ اَلْأَضْحَى, وَيَوْمَ اَلْفِطْرِ" މާނައީ: (ﷲ ވަނީ ތިޔަބައިމީހުންނަށް އެދޭއްޗަށް ވުރެ ހެޔޮ ދޭއްޗަކަށް ބަދަލުކުރައްވާފައެވެ. އަޟުޙާ ޢީދު ދުވަހާއި ފިޠުރު ޢީދު ދުވަހެވެ.)
އަހަރެމެންގެ ބަހަކީ، މިކަން (މުނާސަބާތައް ފާހަގަކުރުން) ގުޅިފައިވަނީ މިއާއި ކަމެވެ.
ޢާންމު ޙަފުލާތަކަށް ބަލާއިރު، އެފާހަގަކުރުމުގައި (އިސްލާމީ ޢީދުތަކަށްއެކަނި) ހަނިކުޅައުމަކީ އުއްމަތުގެ މައްޗަށް ލާޒިމު ކަމެކެވެ. އެހެނީ އިސްލާމީ އުއްމަތް ނޫން ބަޔެއްގެ ތަކެއްޗާއި އެއްކުޅައުމާއި އެއްވައްތަރު ކުރުމުގައި، އިސްލާމީ އުއްމަތުގެ ޝަޚްޞިއްޔަތު ފަނޑުވެދެއެވެ. އަދި އެނޫން ބަޔެއްގެ ގޮތްތަކަށް އާޝޯޚުވުންވެސް އާދެއެވެ. އެހެން ކަމުން އެއަށް ޚާއްޞަ ޝިޢާރުތައް (ދެޢީދުގެ ޙަފުލާގެ ޚާއްޞަކަން) ފަނޑުވެ ހިނގައިދެއެވެ. ފިޠުރު ޢީދާއި ޢަޟްޙާ ޢީދު ދީނުގެ ތެރެއަށް ޝަރީޢަތުގައި ލެވިފައިވާތީ އަހަރެމެންނަށް މިފެންނަނީ މިސަބަބަށްޓަކައި އެވެ. އަދި އެއީ ހަމައެކަނި ޢަދަބު އަޚުލާޤާއި ޢާންމު ޢަމަލުތަކެއް ނަމަ، އަހަރެމެންނަށް އެކަންތައް އައީހީ އާދަކާދައިގެ ގޮތުގައެވެ. އެހެނަސް ޝަރީޢަތުން ވަނީ އެކަން އަޅުކަމުގެ ތަރަހައިގެ ތެރެއަށް ވައްދުވާފައެވެ. އަދި ނަމާދާއިވެސް އެކަން އެއްފަށް ކުރުވާފައެވެ. އެއީ ދެޢީދުގެ ނަމާދެވެ. އެއީ އެޙަފުލާއަށް މީސްތަކުން ނިކުތުމަށް ފަރުވާކުޑަ ނުކުރަވުމަށްޓަކައެވެ. އަދި އެކަމަކީ އާދައިގެ ކަމެއްގޮތުގައި ހީކުރެވިދާނެތީއެވެ. އަދި މިކަމަކީ ކެއިންބުއިމުގެ މައްސަލަތަކާއި މަޔާސިރުއާއި މަންޒިލްތަކާއި އެނޫން ކަންކަމާއި ތަކެތިފަދަ (ހުރިހާ އުއްމަތަކަށް) ޢާންމު ކަންތައްތައް ފަދައިން ހަދާފާނެތީއެވެ. ފަހެ ޢީދު ޙަފުލާތަކީ އުއްމަތްތަކުގެ ޢީދުތަކެވެ.
ބައެއް މީހުން ބުނެފާނޭ މިތަކެއްޗަކީ އޭގެ ވައްތަރުތައް އެވެރިންތެރޭވެސް އެއްގަލަކަށްނެތި ހުރި ކަންކަމޭ. ޔާހޫދީންވިޔަސް ނަޞާރާއިން ވިޔަސް އަދި އެފަދައިން ބުދަށް އަޅުކަންކުރާ އަދި ﷲ އަށް އީމާން ނުވާ މުލްޙިދުން ތެރޭވެސް އޭ.
ފަހެ ޝަރީޢަތް ބާއްވައިލެއްވުނީ އިސްލާމީ އުއްމަތާއި އެނޫން އުއްމަތްތައް ވަކި ކުރެއްވުމަށެވެ. އެއާއި އެއްގޮތް ނުކުޅައުމަށެވެ. ދެންފަހެ (ދޭދޭ ފަރުދުންގެ އާދަކާދަތަކާއި) މުޢާމަލާތް ތަކަށް ބަލާއިރު، އެއީ އެއްގޮތްވުން އިޛުނަދެއްވާފައިވާ ކަންކަމެވެ: މުޢާމަލާތްތައް، މިޘާލަކަށް ޢަޤުދު ކުޅައުމާއި ގަނެވިއްކުމާއި ކާތަކެތީން ނޫނީ އެނޫން އެއްޗަކުންވިޔަސް ބަދަލު ދިނުމާއި، ހަމަ އެފަދައިން ހަދިޔަލާއި، ޢުޖޫރައާއި މަސައްކަތްތައް ފަދައެވެ.
އެހެނަސް ޢީދުތަކުގެ ވަޖުހުން ބަލާއިރު، އުއްމަތް އެނޫން ބަޔެއްގެ ޢީދުތަކާއި އެއްވެއްޖެނަމަ، އޭގެ ސަބަބުން އޭގެ ޝަޚްސިއްޔަތު ބަލިކަށިވެ ހަމައެފަދައިން އެކަމުގެ ނަތީޖާއަކަށް އޭގެ ދިރިދެމިއޮތުމަށްވެސް ހުރަސްއެޅެއެވެ. އަދިކިއެއް، ޝަރީޢަތް ވަނީ މިކަން (އެ ޙަފުލާތަކާއި ވަކިވުން) އިތުރަށް ހަރުކަށިކޮށްފައެވެ. އެއީ ﷲ އަށް އަޅުވެތިވާއިރުވޭސް އެއަށް ބެލުމެވެ. މާނައީ، މީހަކު މިޘާލަކަށް އެފަދަ (ޙަފުލާތައް ބޭއްވޭ) ތަނެއްގައި ﷲ އަށް އަޅުކަމެއް ކުރާނަމަ، މީހަކަށް އޭނާ ފެނިއްޖެނަމަ ޝައްކު ކުރެވެނީ އޭނާ ﷲ ނޫން ފަރާތެއް ބައިވެރި ކުރަނީކަމުގައެވެ. ﷲ ވަނީ މިފަދަ މަކާނެއްގައި އަޅުކަން ކުރުން ނަހީ ކުރައްވާފައެވެ. އެއީ ﷲ އަށް ޚާލިޞްކޮށް ކުރާ އަޅުކަމެއް ވިޔަސް ވަރިހަމައެވެ.
🔻 ރޯދަ ވީއްލުން ދިނުމާއިބެހޭ ޙަދީޘްގެ ޞައްޙަކަމަކީ ކޮބައިތޯއެވެ؟
« مَنْ فَطَّرَ صَائمًا، كانَ لَهُ مِثْلُ أَجْرِهِ »
"ރޯދަވެރިޔަކަށް ރޯދަވީއްލުން ދީފިމީހަކަށް، އެ ރޯދަވެރިޔާއަށްވާ އަޖުރު އެއްފަދަ އަޖުރުވެއެވެ." މީގެ (ޞައްޙަކަމުގައި ނުސީދާ) ބަލިކަށިކަމެއް ވެއެވެ.
🔻 ރަމަޟާން އަކީ "މަހެއް" ކަމަށް ބުނުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟
« لا تقولوا:رمضان ولكن قولوا:شهر رمضان...»
"ރަމަޟާން އޭ ނުބުނާށެވެ. ޝަހްރު ރަމަޟާން އޭ (ރަމަޟާން މަހޭ) ބުނާށެވެ." މި ހަދީޘް، ޞައްޙަ އެއް ނޫނެވެ.
~ގަލަންދާނު | #ރޯދަ_ފަތުވާ
އައްޝެއިޚް ސުލައިމާން ބުނު ނާޞިރު، އަލްޢަލްވާން
🔴 ޕީއެސްއެމް ރޭޑިއޯ "ދީނުގެއަޑުން" ގެނެސްދޭ މިޕުރޮގްރާމް ގައި، ރޭގަނޑު ނިދުމުގެ ކުރިން ކިޔާ ޛިކުރުތަކުގެ ތެރެއިން،
سورة الإخلاص، الفلق، الناس މިތިން ސޫރަތް ކިޔައި ނަފަޘަކޮށް ގައިގައި އަތް ފުހުމުގެ ތަރުތީބެއް ކަމުގައި ކިޔައިދީފައި ވަނީ: ކޮންމެ ސޫރަތެއް ތިންފަހަރަށް ތަކުރާރުކޮށް، ކިޔައި ނިންމުމަށްފަހު، ދެން އެއްްފަހަރަށް ނަފަޘަކޮށް އަތްފުހެ ނިންމާލުމެވެ. އެހެނަސް މިކަމުގައި ބޮޑަށް ރަނގަޅު ތަރުތީބަކީ: އަހަރެމެން ކުރިންވެސް ބަޔާން ކޮށްފައިވާފަދައިން، سورة الإخلاص، الفلق، الناس އެއްބުރަށް ކިޔައި، ދެން ނަފަޘަކޮށް، ދެން އަތްފުހެ ، އަނެއްކާވެސް މިގޮތަށް ތިންފަހަރު ހަމަވަންދެން އެކަން ކުރުމެވެ. (މަތީގައިވާ ވީޑިއޯގެ ފަހަތަށް އަހަރެމެން އެއްކޮށްފައި އެވާ އައްޠަރީފީގެ ޖަވާބުގައިވެސް ބަޔާން ކުރައްވާފައިވަނީ މިފަދައިންނެވެ.)
~ ގަލަންދާން
②
-------------------
[2] Shaykh Al-Muḥaddith Dr. Khālid Al-Ḥāyek elaborated while explaining this defect: “...his saying: “I saw him moving it and supplicating with it” —is an abnormal word that was exceptional to (narration via) Zāidah bin Qudāmah only. And a large group of ʿĀsim bin Kulayb’s companions (from whom Zāidah bin Qudāmah narrated this) contradicted with him, and they are: Sufyān bin ʿUyaynah, Khālid Al-Wāsiṭī, Qais bin Al-Rabīʿ, Salām bin Sulaym, Sufyān Al-Thawrī, Shuʿbah, and Bishr bin Al-Mufaḍḍal, and ʿAbdullah bin Idrīs, Abū ʿAwānah, ʿAbdul Wāḥid bin Ziyād Al-ʿAbdī, Zuhayr bin Muʿāwiyah, Muḥammad bin Fuḍayl, ʿAnbasā bin Saʿīd Al-Asadī, Ghaylān bin Jāmiʿ, and Mūsā bin Abī Kathīr — they did not mention it, and they are trustworthy in validation, and their wording is: “He pointed with his index finger”. The Sunnah is to hold the index finger raised without moving it. Al-Albānī was aberrant in making “moving it” a Sunnah based on his authentication of this additional narration! Just as he was aberrant in his authentication of the addition «Wa barakātuhū» in the salām of the prayer! And the Sunnah is: “Assalāmu ʿAlykum Waraḥmatullāh” without the (addition) «Wa barakātuhū»! — End. (source)
This is also the position of Shaykh Al-Muḥaddith Dr. Māhir Al-Faḥl, he declared the narration of Zāidah bin Qudāmah with the addition "moving it" as defective and objected it as against sunnah, he also stated that the meaning of "pointing" (ishārah) is like how the slave girl pointed to the sky when she was asked where is Allah (فأشارت بيدها إلى السماء). (See) Also the postion of Muqbil ( Al- Ṣaḥīḥul Musnad mimmā laysa fil-Ṣaḥīḥayn, 2/265). Also Shaykh Al-Muḥaddith Musṭafā Al-ʿAdawī declared the narration defective (see)
[3] Likewise in the narration of Muslim in his Ṣaḥīḥ, the ḥadīth of ibn ʿUmar he says: “he ﷺ raised his right (index) finger, which is next to the thumb, making supplication with it.” — And Al-Saʿd defined "supplication" in general as tashahhud itself. As for Shaykh Sulaymān bin Nāṣir Al-ʿAlwān, he interpreted it, as well as the scholars of ḥanābilite school , that "supplicating with it" means to slightly move the pointing index finger, everytime a du‘ā is started. So either you keep it straight to the qibla or on your thighs pointed and then move or raise it a little for every du‘ā. (See). This is what is apparent from ibn Bāz as well, “move it a little when supplicating, ...Allāhumma ṣalli, Allāhumma innā naʿūdhubika ..etc” (see). Likewise of Al-ʿUthaymīn (see). While they objected to the general moving. (Ibn Bāz, See). As for the ḥadīth of "moving" the index finger, Al-ʿAlwān also ruled it defective.
الحمدلله الذي بنعمته تتم الصالحات. رزقني الله بـمولودة، اسميتها {نَــورَة}. أسأل الله ان يبارك لي فيها، وينبتها نباتاً حسناً. وان يرزقني برها، وتبلغ أشدّها. وأن يجعلها من عباده الصالحين. ومن حفظة كتابه الكريم.. اللهم آمين
Читать полностью…#حديث_ضعيف
އިސްރާ އާއި މިޢުރާޖު ގެ ރެޔަކީ 27 ރަޖަބު ކަމުގެ މައްޗަށް، ޞައްޙަ އެއްވެސް ޚަބަރެއް ނުވެއެވެ.
— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)
~ ގަލަންދާން
#حديث_ضعيف
The ḥadīth about clenching the fist, placing one's knuckles on the ground to support oneself to stand up for the next rak'ah in prayer: is declared weak by ibn al-Ṣalāh¹ , Al-Nawawī² and ibn Rajab³ and amongst contemporaries: Al-'Alwān⁴, Al-Sa'd⁵, Al-Ṭarīfī⁶, Al-'Adawī⁷, Al-Ḥāyek⁸, Al-Ḥassanī⁹, and Shaykh Bakr Abū Zayd¹⁰, Al-Ḥuwaynī¹¹, Muqbil Al-Wādi'ī¹², ibn Bāz¹³, Al-Munajjid¹⁴. (For a discussion regarding the Ḥadīth, in English: Link )
— Galandān
--------------------------
[1] In "Ishkalāt 'Alā al-Wasīt" as stated by Ibn Ḥajar al-'Asqalānī in "Al-talkhīs Al-Habīr Fi Takhrīj" (p. 468)
[2] In "al-Majmū’ Sharḥ al-Muhadhdhab" and "Al-Tanqih fi Sharḥ al-Wasit" as stated by "Ibn Ḥajar al-'Asqalānī" in Al-talkhīs Al-Habīr Fi Takhrīj (p. 468)
[3] Fatḥ-ul-Bārī li Ibn Rajab (vol. 2, pg. 293)
[4] Video (see) also point no. 22 from here
[5] From his QA series here
[6] Sifatu Salati Nabiyyi p. 157 also see
[7] Video (here)
[8] QA from (here)
[9] Audio fatwa (here)
[10] He has a separate treatise on this entitled to " Juzu'un Fi Kayfiyyati Al-Nuhūḍi Fī Al-Ṣalāti Wa Ḍâ'afa Ḥadīthal 'Ajani
[11] treatise (here)
[12] Audio (here) and English translation (see)
[13] Audio fatwa (and text)
[14] From his website Islamqa 175929
🛡ތާއަބަދު ޘާބިތުކަމަށް އެދޭށެވެ.
❞ ހަމަކަށަވަރުން އަހަރެމެންގެ މިޒަމާނުގައިވެސް ދިރިހުރި މިޘާލުތައް ވެއެވެ. އަދި މިހުންނެވީ ޝައިޚުލް އިސްލާމް އެވެ. އެކަލޭގެފާނުގެ މިޞްރަށް ވަޑައިގެންނެވި ހިނދެވެ. އަދި މިޞްރުގެ ރައްޔިތުން އެކަލޭގެފާނުގެ ޤަތުލުކުޅައުމަށް އެއްވިހިނދެވެ. އެހެންކަމުން އެކަލޭގެފާނަށް ލޯބިކުރާ މީހުން ތެރެއިން މީހަކު އައިސް އިސާހިތަކު ދަންނަވައިފިއެވެ:
”ހަމަކަށަވަރުން މީސްތަކުން އެވެރިންގެ ބައިގަނޑުތައް ކަލޭގެފާނުގެ ޤަތުލުކުޅައުމަށް އެދި އެއްކޮށްފިއެވެ.“ އެކަލޭގެފާނު އޮންނެވީ ހިލަވެލިގަނޑެއްމަތީ އޮށޯވެވަޑައިގެންނެވެ. ދެން ސީދާވެލައްވައި — އަދި (އެފަދަ ޚަބަރަކީ) ބަޔެއް މީހުންނަށް އެހެން ބުނެވިއްޖެނަމަ އެވެރިންގެ މޫނުގެ ކުލަ ރަތްވެ ރީނދޫވާނެ ފަދަކަމަކަށް ވީހިނދު އަދި ފަހަރެއްގައި ހުރިތަނަށް އަނބުރައިގަނެގެން ވެއްޓޭނޭވަރު ކަމަކަށް ވީހިނދު — އެކަލޭގެފާނު އެނބުރިވަޑައިގެން ވެލިމުށެއް ނަންގަވައި އެޔަށް ފުމެލެއްވިއެވެ. އަދި ވިދާޅުވިއެވެ: ހަމަކަށަވަރުން އެވެރިންނަކީ މެހިތަކެއްފަދަ (ނިކަމެތި) ބައެކެވެ. [ނުވަތަ ވެލިހިރަފުސް ފަދައޭ އެވެ.]
އަދި އަހަރެމެން ތެރެއިން މީހަކު ޖަލަށް ލެވިއްޖެ ނަމަ އެއިން ނިކުމެވޭނޭ މަގެއް ފެނޭތޯ ތެޅިފޮޅެއެވެ. އަދި يا رب أخرجني އޭ ބުނެ ދުޢާ ކުރެތެވެ. (އެބަހީ: ޔާ ރައްބި އަޅާ (މިޖަލުން) ނެރެދެއްވާށިއޭ އެވެ.)... (މިއީ) ކުށެކެވެ. އަދި ކިއެއްތަ؟ ދުޢާ ކުރަންވީ (އެންމެ ފުރަތަމަކަމަކަށް ވެސް) ربِّ ثبتني (ޔާ ރައްބޭ، މިއަޅާ ޘާބިތުކުރައްވާށިއޭ) އެވެ. އެހެނީ ފަހެ ކިތައް ޝަޚްޞުން ޖަލަށްލެވި ދެން ނިކުމެ އަދި އޭނާގެ ޢަޤީދާއިން އަރިއަޅާލާ ގޮސްފައިވޭހެއްޔެވެ؟ މަގުފުރެދި މަގުގެއްލިފައެވެ. ޒިންދީޤުވެ ނޫނީ ފާސިޤުވެ ނޫނީ ޙައްޤުގެ އަހުލުންނަށް ލަދެއްކަމުގައެވެ. އެހެންކަމުން ﷲ ޙަޟުރަތަށް ޘާބިތުކަމަށް އެދޭށެވެ. އަދި އެއަށް އެދުމަށް ފަހު (ދެން ޖަލުން) ނިކުތުމަށް ދުޢާ ކުރާ މީހަކަށް، ފަހެ އެކަމުގައި މައްސަލައެއް ނުވެއެވެ. އަދި މިއީ ﷲ ގެ އިސްމުފުޅުތަކާއި ސިފަފުޅުތަކަށް އީމާންވުމުގެ އަޘަރުތަކުގެ ތެރެއިން އަޘަރެކެވެ. ❝
— އައްޝައިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރް، އަލްޢަލްވާން
🎙[شرح العقيدة الواسطية || شـ (٢)].
~ ގަލަންދާނު
❣️ ޝައިޚް ސުލައިމާން ބުނު ނާޞިރް އަލްޢަލްވާން ވިދާޅުވިއެވެ:
ފާޑު ކިޔުމުގެ ޝަރުޠުތައް ފަހެކެވެ:
ފުރަތަމައީ: ޢިލްމެވެ. އަދި މީގެ ތެރޭގައިވަނީ ކުށްޖެހިފައިވާ މީހާގެ ޙާލަތުގެ ޢިލްމެވެ. އޭނާގެ ބިމާއި، އޭނާގެ ޙާލަތާއި އޭނާ ގެ މަޤާމެވެ. މިޘާލަކަށް، އޭނާ އަކީ ރާފިޡީ އިންނާއި އިދިކޮޅު ހަދާ ޢިލްމުވެރިޔެއް ނަމަ، އަދި އެވެރިންނާއި ދެކޮޅުވެރިވެ ސުންނީ ފިކުރަށްޓަކައި ތެދުވެ އެ ދިފާޢުކުރާ ނަމަ، ދެން އޭނާގެ ކުށެއް އަހަރެމެންނަށް ހާމާވެއްޖެ ހިނދުގައިވެސް، މަގުފުރެދިފައިވާ މީހުންނާއި ބިދުޢައިގެ އަހުލުންގެ މައްޗަށް އަހަރެމެން އޭނާ އަށް ވާގިދޭނަމެވެ. އެހެނަސް އެއާއި އެކީ އޭނާއަށް ނަޞޭޙަތްތެރިވާނަމެވެ. ދެން އޭނާ އެނަޞޭޙަތަށް އިޖާބަ ނުދީފިނަމަ، އަހަރެމެން އޭނާގެ ނަން ޛިކުރު ނުކޮށް އެކުށް ހާމަކޮށް އޭގެ ރަނގުޅުގޮތް ބަޔާން ކުރާނަމެވެ.
މީގެ މިޘާލަކީ: ރަޝީދު ރިޟާ އާއި ނަޖުދުގެ އިމާމުންނެވެ. އެހެނީ އަޝްޢަރީ އަސަރެއް ހުރުމާއި އެކުވެސް ނަޖުދުގެ އިމާމުން އެބޭފުޅާ މަތިވެރިކޮށް ހެއްދެވިއެވެ. އަދި އަޝްޢަރީންނާއި (ޖުމްލަކޮށް) ޢަމަލުކުރެވޭ ގޮތާއި ޚިލާފަށް ޢަމަލުކުރެއްވިއެވެ. އެހެނީ އެބޭފުޅާއަކީ މިޞްރުގެ ޤުބޫރީންނާއި ދެކޮޅަށް ތެދުވެހުންނެވި ބޭކަލެއް ކަމުންނެވެ. އަދި އެއީ ވަރުގަދަ މުވައްޤިފެއްގައި ހުންނެވި ބޭފުޅެކެވެ.
ދެވަނައީ: އިޚްލާޞްތެރިކަމެވެ.
ތިންވަނައީ: ޢަދުލު ވެރިވުމެވެ. އެހެނީ އެފަދަމީހާ އަށް ﷲ އާއި އެއިލާހުގެ ރަސޫލު ލޯބިވެވޮޑިގެން ވެއެވެ. އަދި ޢާލަމުގެ އެންމެހާ ބުއްދިވެރިންވެސް އެވެ. އަދި ޢަދުލުވެރިވުން ވަނީ މުސްލިމު އަދި ކާފަރުއާއި އެކުގަވެސްމެއެވެ.
ހަތަރުވަނައީ: އިންޞާފެވެ. އެއީ (ލޮބުވެތިވެގެންވާ) ޢަޒީޒުވަންތަ އެއްޗެކެވެ. އެއީ އެއާއިމެދު ބަޔެއް ޢިލްނުވެރިން ވިދާޅުވި ފަދައިންނެވެ: ”ގަންނާން ލިބޭ އެއްޗެއްނަމަ، އަހަރެން އެގަނެ މީސްތަކުންނަށް އެއިން ފަރުވާ ދިނީހެވެ.“ އަދި މިކަމުގެ މިޘާލަކީ، އަބޫ އިސްމާޢީލުލް ހަރަވީ އާއިމެދު އިބްނުލް ޤައްޔިމް رحمه الله تعالى ގެ ޙާލަތެވެ. އަހަރެން ބުނަމެވެ: ބަޔެއް ޖާހިލުން، އަބޫ އިސްމާާޢީލުގެ ބަސްތައް އޭގެ ބޭރުފުށުގެ މާނައަށް ނަގާނަމަ، އޭނާ އަކީ ހަމައެކަނި ފާސިޤެކޭ ބުނެ ނުފުއްދާލާނެއެވެ. އަދިކިޔެއް، އެއީ ޒިންދީޤެއް ކަމަށްވެސް ނިންމާނެތެވެ. އެހެނަސް އިބްނުލް ޤައްޔިމް ވިދާޅުވެ ހައްދަވަނީ: ”ފަހަރުގައި އޭނާ މިބަހުން ޤަސްދުކުރީ މިވެނި އެއްޗެއް ކަމަށްވެސް ވެދާނެއެވެ. އެހެނަސް އޭނާގެ ޤަސްދަކީ އެވެނި އެއްޗެއްނަމަ، އެހެންވިއްޔާ މިމާނަ ބާޠިލެވެ.“ މިއީ ޢަދުލުވެރިކަމުގެ އެންމެ އުހެވެ.
ފަސްވަނައަށް: ރަޙްމަތް ކުރުމެވެ. (އޯގާވެރިވުމެވެ.) ﷲ جل وعلا ޢިލްމުގެ އިހަށް ރަޙުމަތް ގެންނެވިއެވެ. އެހެންކަމުން ވަޙީ ކުރެއްވިއެވެ:
...ءَاتَيْنَٰهُ رَحْمَةً مِّنْ عِندِنَا وَعَلَّمْنَٰهُ مِن لَّدُنَّا عِلْمًا
”...އެބޭކަލަކަށް ތިމަންރަސްކަލާނގެ حضرة ން رحمة އެއް ދެއްވީމެވެ. އަދި އެބޭކަލަކަށް ތިމަންރަސްކަލާނގެ حضرة ން (خاص) علم އެއް އުނގަންނައިދެއްވީމެވެ.“
އަދި ސުފްޔާން رحمه الله އާއި ހަމަޔަށް ((المُسَلسَلُ بِالأوَّلِـيَّةِ)) ގެ ގޮތުން ރިވާކުރެވޭ އެންމެ ފުރަތަމަ ޙަދީޘް އަކީ ނަބިއްޔު ﷺ ގެ ޙަދީޘްފުޅު: (( ارْحَمُوا مَنْ فِي الأَرْضِ يَرْحَمْكُمْ مَنْ فِي السَّمَاءِ )) ”ބިމުގައިވާ މީސްތަކުންނަށް ތިޔަބައިމީހުން ރަޙުމް ކުރާށެވެ. އުޑުގައިވާ ފަރާތް ތިޔަބައިމީހުންނަށް ރަޙުމު ކުރައްވާނެތެވެ.“
އަދި އެމީހެއްގެ ފުށުގައި ޢިލްމު ހުރެ އެހެނަސް ރަޙުމް ނެތިއްޖެ މީހާ، ޢިލްމު ފޯރުމަކުން ލިބުނު ހެވެއް ނެތެވެ. أ. هـ
— (ޚުލާސާ) އަލްޢަލްވާންގެ ބަސްކޮޅު ނިމުނީ (މަޞްދަރު)
~ ގަލަންދާނު
📌 އޭނާ އަށް ރައްދު ދޭނީ ޝައިޠާނާއެވެ!
ސަލާމް ގޮވުން ފެތުރުމީ، މުއުމިނުން ދެމެދު ލޯބި އަށަގަނުވާ ކަމެކެވެ. އަދި ޖަންނަތަށް ވެއްދެވުމުގެ ސަބަބެކެވެ. އިތުރުއެކަލޭގެފާނުން ﷺ ޙަދީޘް ކުރެއްވިއެވެ:
«لَا تَدْخُلُونَ الْجَنَّةَ حَتَّى تُؤْمِنُوا وَلَا تُؤْمِنُوا حَتَّى تَحَابُّوا أَوَلَا أَدُلُّكُمْ عَلَى شَيْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ أَفْشُوا السَّلَامَ بَيْنَكُمْ»
”ތިބައިމީހުންގެެ ތެރެއިން އެއްވެސް މީހަކު އީމާން ނުވަނީސް ސުވަރުގެ ނުވަންނަހުއްޓެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަަކަށް ލޯބި ކޮށްފުމަށްދާންދެން އީމާންކަން ފުރިހަމަ ނުވާހުއްޓެވެ. އެކަމެއްކޮށްފިނަމަ ތިޔަބައިމީހުންގެ މެދުގައި ލޯބި އުފެދޭނޭ ކަމެއް ތިމަންކަލޭގެފާނު ބުނެދެންހެއްޔެވެ؟ ތިޔަބައިމީހުންގެ މެދުގައި ސަލާމްކުރުން ފަތުރާށެވެ.“ — ރިވާކުރެއްވީ މުސްލިމް އެވެ.⁽¹⁾
ހިޝާމް ބުން ޢާމިރް އަރިހުން ރިވާވެގެންވެއެވެ:
قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «لَا يَحِلُّ لِمُسْلِمٍ أَنْ يَهْجُرَ مُسْلِمًا فَوْقَ ثَلَاثِ لَيَالٍ فَإِنَّهُمَا نَاكِبَانِ عَنْ الْحَقِّ مَا دَامَا عَلَى صُرَامِهِمَا وَأَوَّلُهُمَا فَيْئًا يَكُونُ سَبْقُهُ بِالْفَيْءِ كَفَّارَةً لَهُ وَإِنْ سَلَّمَ فَلَمْ يَقْبَلْ وَرَدَّ عَلَيْهِ سَلَامَهُ رَدَّتْ عَلَيْهِ الْمَلَائِكَةُ وَرَدَّ عَلَى الْآخَرِ الشَّيْطَانُ وَإِنْ مَاتَا عَلَى صُرَامِهِمَا لَمْ يَدْخُلَا الْجَنَّةَ جَمِيعًا أَبَدًا»
ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ: ”މުސްލިމެއް އެހެން މުސްލިމެއް ހަޖުރުކޮށްފައި ބެހެއްޓުން (އެބަހީ: ގުޅުން ކަނޑާލުން) ތިން ރެޔަށްވުރެ ގިނައިން ހުއްދަވެގެން ނުވެއެވެ. ފަހެ ހަމަކަށަވަރުން އެވެރިން ދެބައިވެފައިވާހާ ހިނދަކު، އެވަނީ ޙައްޤުން ފެޔަށްޖެހިގެނެވެ. އަދި އެދެވެރިންކުރެ ފުރަތަމަ ރުޖޫޢަވާ މީހާ، އޭނާ ރުޖޫޢަވުމުގައި އިސްނެގިކަމަށްޓަކައި އެއީ (އޭނާގެ ފާފައަށްވާ) ކައްފާރާއަކަށް ވެއެވެ. އަދި އޭނާ ސަލާމް ގޮވުމުން އެޤަބޫލު ނުކޮށް އެސަލާމަށް ރައްދު ނުދީފިނަމަ، މަލާއިކަތުން އެއަށް ރައްދުދެއްވަތެވެ. އަދި އަނެކާއަށް ޝައިޠާނާ ރައްދުދެއެވެ. ފަހެ ވަކިވެގެންތިބެ އެދެވެރިން މަރުވެއްޖެނަމަ، އެދެވެރިން އެކީގައެއް ދުވަހަކުވެސް ޖަންނަތަކަށް ނުވެއްދެވޭ ހުއްޓެވެ.“ ⁽²⁾
އަދި އެހެން ރިވާޔަތެއްގައި «...لَمْ يَجْتَمِعَا فِي الْجَنَّةِ أَبَدًا» ”...އެދެވެރިން ޖަންނަތުގައި ދުވަހަކުވެސް އެއްތަން ނުވާނެތެވެ.“⁽³⁾
އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އަލްޚުޟައިރު ވިދާޅުވިއެވެ:
”(މިޙަދީޘް) ރިވާކުރެއްވީ އަޙްމަދު އާއި އައްޠަޔާލިސީ، ޞައްޙަ ސަނަދަކުން ނެވެ.
އަދި ޢަބޫ ޙާތިމް — އެއީ އިބްނު ޙިއްބާން — ވިދާޅުވިއެވެ:
”ނަބިއްޔު ﷺ ގެ ޙަދީޘް ފުޅު (އިބްނު ޙިއްބާންގެ ރިވާޔަތުގައި ވާފަދައިން) :
«...لم يَدخل الجنَّة ولم يجتمعًا في الجنَّة» ”...ޖަންނަތައް ނުވެއްދެވޭނެއެވެ. އަދި ޖަންނަތުގައި އެއްތަން ނުކުރެއްވޭނެއެވެ.“
މީގެ މުރާދަކީ، ﷲ ދީލަތިވެލައްވައި، އެދެވެރިންގެ އެ ވަކިވުމުގެ ފާފައިގެ މައްޗަށް ފުއްސެވުން ނުލައްވަނީ ކަމުގައި ވާނަމައެވެ.“⁽⁴⁾
~ ގަލަންދާނު
__________________
⁽¹⁾ އެއީ އަބޫ ހުރައިރާ ގެ އަރިހުން، މުސްލިމް އެކަކޭގެފާނުގެ ޞަޙީޙު ގައެވެ.
⁽²⁾ މުސްނަދި އަޙްމަދު، 15824
⁽³⁾ މުސްނަދި އަޙްމަދު، 15823
⁽⁴⁾ ޢަބްދުލް ޢަޒީޒް އަލްޚުޟައިރު، (މަޞްދަރު)
②
- لا يجوز للمسلم حضور أعياد المشركين الدينية بالاتفاق، {وَالَّذِينَ لَا يَشْهَدُونَ الزُّورَ}، الزور هنا عيدهم، قاله من السلف أبو العالية وطاووس وابن سيرين.
މުޝްރިކުންގެ ދީނީ ޢީދުހަފުލާތަކަށް ޙާޟިރުވުން މުސްލިމެއްގެ މައްޗަށް (ޢިލްމުވެރިން ގެ ދެބަސްވުމެއްނެތި) އިއްތިފާޤުން ހުއްދަވެގެން ނުވެއެވެ. {وَالَّذِينَ لَا يَشْهَدُونَ الزُّورَ} ”އަދި އެމީހުން يعني: رحمن ވަންތަ ﷲ ގެ އަޅުތަކުން، زُوْرُ އަކަށް حاضر ނުވާނެއެވެ.“ މިތާގައި މިވާ زُوْرُ އަކީ އެއުރެންގެ ޢީދުޙަފުލާ ތަކެވެ. ސަލަފުންގެ ތެރެއިން އަބުލް ޢާލިޔާ އާއި ޠާޥޫސް އާއި އިބްން ސީރީން މިހެން ވިދާޅުވިއެވެ.
- تحريم حضور أعياد المشركين الدينية أجمع عليه العلماء كمالك وأبي حنيفة والشافعي وأحمد، نص على اﻹجماع ابن القيم وغيره في كتابه أحكام أهل الذمة.
މުޝްރިކުންގެ ދީނީ ޢީދުޙަފުލާ ތަކަށް ޙާޟިރުވުމުގެ ޙަރާމް ކަމުގެ މައްޗަށް މާލިކާއި އަބޫ ޙަނީފާއާއި އައްޝަފިޢީ އާއި އަޙްމަދު ފަދަ ޢިލްމުވެރިން އިޖުމާޢުވެލެއްވިއެވެ. އިބްނުލް ޤައްޔިމް އެކަލޭގެފާނުގެ ފޮތް أحكام أهل الذمة ގައި، އަދި އެނޫން ބޭކަލުން މިއިޖުމާޢު ނަޤުލުކުރެއްވިއެވެ.
- لا يُجيز الصحابة حضور عيد المشركين وتهنئتهم بأعيادهم الدينية، قال عمر بن الخطاب: (اجتنبوا أعداء الله في عيدهم)، رواه البيهقي بسند صحيح.
މުޝްރިކުންގެ ޢީދުޙަފުލާ ތަކަށް ޙާޟިރުވުމާއި އެވެރިންގެ ދީނީ ޢީދުތަކުގައި ތަހުނިޔާ ކިޔުން އަޞްޙާބުބޭކަލުން މަނައު ކުރެއްވިއެވެ.ޢުމަރު ބްނުލް ޚައްޠާބު ވިދާޅުވިއެވެ: : (اجتنبوا أعداء الله في عيدهم) ”އެއުރެންގެ ޢީދުގައި، ﷲ ގެ ޢަދުއްވުންތަކާއި ދުރުހެލިވެގެން ތިޔަބައިމީހުން ތިބޭހުށިކަމެވެ.“ ރިވާކުރެއްވީ އަލްބައިހަޤީ، ޞައްޙަ ސަނަދަކުން ނެވެ.
— ޢަބްދުލް ޢަޒީޒް އައްޠަރީފީ (ރަސްމީ އެކްސް ގައި ކުރެއްވި ޕޯސްޓް ތަކެއް)
~ ގަލަންދާނު
🗣އައްޝައިޚް ޑރ. މޫސާ އަލްޤަރްނީ، 15 އަހަރު ޖަލު އަނިޔާތަކުން ނަފްސާނީބަލި ޖެހި، އެޙާލު ޖަލުގައި ނިޔާވި. ޖަލުގައި ލިޔުއްވި ޝައިޚުގެ ޅެމަކުން:
لكن قوماً من ولاة أمورنا *** علينا عدوا ظلماً ولم يتبصروا
އެހެނަސް އަހަރެމެންގެ ވެރިންކުރެ ބަޔަކު
*** އަހަރެމެންނަށް އަނިޔާވެރިކަމުގަ ޢަދާވާތްތެރިވިޔޭ އަދި ހެޔޮ ހީނުކުރެތޭ
إلى السجن ساقونا وذلَوا رقابنا *** وذَلوا أهالينا وفينا تجبروا
ޖަލުތަކަށް އަހަރެމެން ދަމައި އަހަރެމެންގެ ކޮނޑުތައް ނިކަމެތިކުރިތޭ
***އަދި އަހަރެމެންގެ އަނބިދަރީން ނިކަމެތިކޮށް އަހަރެމެން މައްޗަށް ޖައްބާރުވިތޭ
އަދިވެސް އޭގައިވެއެވެ :
ومن بعدها جئنا إلى سجن حاير *** وعن وصفه يعيا بياني ويقصر
އެއަށްފަހު އަހަރެމެން ގެނެވުނޭ ޙާއިރު ޖަލަށް
*** އެތަނުގެ ކަންކަން ކިޔައިދެމުން ގޮސް ވަރުބަލިވިޔަސް އަދި ނުނިމޭނެޔޭ
ففيه من الإذلال شيء مروَع *** وفيه من الإهمال مالا يُصور
ފަހެ އޭގައި ވެޔޭ ނިކަމެތިކަމެއް ބިރުވެރިކަމެއް އެކުލެވޭ
*** އަދި ވެޔޭ އިހުމާލު ތަޞައްވަރުވެސް ނުވާ
وفيه إهانات تخطت حدودها *** وليست على ذي الدين والعقل تخطر
އަދި ވެޔޭ އޭގައި އިހާނެތި އޭގެ ޙައްދުން ނެއްޓިވާ
*** ދީންވެރި ޝަރަފުހުރި ބުއްދިވެރިޔަކަށް ލިބުން ހަމަނުވާ
އަދިވެސްވޭ :
نُعامل كالأنعام يُرمى عِلافها *** وليس لنا حق سوى الأكل يُذكر
އޭގެ ކޮއްތު ބިމަށް އުކޭ ގެރިބަކިރިހެންނޭ ޢަމަލުވެވެނީ
*** ޙައްޤެއް ނެތޭ އެންމެ ކަމަކަސް، ކެއުމަށް އެދެވުންމެ ނޫން
لكل سجين قدر فرشة نومه *** وحمّامنا للصوت والريح ينشر
ނުވޭ މިންވަރު ކޮންމެ އަސީރަކަސް ނިދާ އެދުގެ ޖަގަހަ ނޫން
*** އަހަރެމެންގެ ފާޚާނާ އޭގެ އަޑާއި ވަސް ފެތުރިދޭ
يحيط به جدرٌ قصير,وبابه *** قصير فما غير المغلَّظ يستر
އޭގެ ނިވާ ފާރުވެސް ތިރި އަދި އޭގެ ދޮރު
*** ކުރު ވީއިރު ބޯނޫން އެއްޗެއް ފޮރުވި ނުއޮވެތޭ
އަދި ވިދާޅުވި:
إذا ما أتانا للزيارة أهلنا *** يلاقون أصناف الأذى حين يحضروا
ނާންނާނެ ނަމައޭ އަނބިދަރީން އަހަރެމެންގެ ޒިޔާރަތަށް
*** އަންނަހިނދު ނުވާ ދުއްތުރަޔެއް ނުވޭ އެވެރިނަށް
فكم قد أهانوا أهلنا ونساءنا *** وكم قد شكوا من جورهم وتذمّروا
ފަހެ ކިތައް ފަހަރުތޯ އިހާނަތިކުރަނީ އަހަރެމެންގެ އަންހެން އަދި އަހުލުނަށް
*** ފަހެ ކިތައް މީހުންނަށް ކަށިޖެހުންވިތޯ އެވެރިންގެ ބޭއިންސާފު އަދި ކުދިކިޔުންތަކުން
يلاقون في التفتيش كل أذية *** فأثوابهم بالخلع تطوى وتنشر
އެ ބަލާފާސްކުރުމުގައި އެންމެހާ ދުއްތުރާތަކެއް ފޯރުވާ
*** އެވެރިންގެ ހެދުންތައް ބޭލި އޮޅައި ފެތުރެޔޭ
كلاسينهم يُعرونها وصدورهم *** وعوراتهم باللمس والجّس تهصر
އެތެރޭގެ ހެދުންތައް ހާމަވެ އަދި މޭތަކާ
*** އެއުރެންގެ ޢަޥްރަތައް އަތްހޭކި މެތި ވަކިހިއްޕެވޭ
وليس لشكواهم من الذل سامع *** وليس لهم إلا الدعا والتصبر
އަޑު އެހުމެއް ނުވޭ މި ނިކަމެތި ކަމަށް އެއުރެންކުރާ ޝަކުވާތަކަސް
*** ނުވޭ ދުޢާ ކެތްތެރިކަންމެ ނޫން އެއަހުލުނަށް
~ ގަލަންދާނު
❣️ ❞ ﷲ تبارك تعالى ޔޫނުސުގެފާނާއި މެދު ވަޙީ ކުރެއްވިއެވެ: ﴿ فَلَوۡلَآ أَنَّهُۥ كَانَ مِنَ ٱلۡمُسَبِّحِينَ * لَلَبِثَ فِى بَطۡنِهِۦٓ إِلَىٰ يَوۡمِ يُبۡعَثُونَ ﴾ ”ފަހެ އެކަލޭގެފާނު تَسْبِيح ކީ މީހުންގެ ތެރެއިން (ނުވަތަ ذِكْر ކޮށް ދުޢާ ކުރެއްވި ބޭކަލުންގެ ތެރެއިން) ނުވިނަމަ ޤިޔާމަތްދުވަހަށް ދާންދެން އެމަހުގެ ބަނޑުގައި އޮންނަވައިފީހެވެ.“ (الصافات 143 ، 144)
އަދި ﷲ تعالى —ޖަންނަތުގެ އަހުލުންގެ ވާހަކާގައި— ވަޙީ ކުރެއްވިއެވެ: ﴿ قَالَ أَوۡسَطُهُمۡ أَلَمۡ أَقُل لَّكُمۡ لَوۡلَا تُسَبِّحُونَ * قَالُواْ سُبۡحَٰنَ رَبِّنَآ إِنَّا كُنَّا ظَٰلِمِينَ ﴾ ”އެމީހުންގެ ތެރޭގައި ހުރި އެންމެ عَدْلُ ވެރި ހެޔޮލަފާމީހާ ބުންޏެވެ. ކަލޭމެން الله އަށް تَسْبِيْح ނުކީ ކިއްވެގެން ހެއްޔެވެ؟ (އެބަހީ: الله އިރާދަކުރެއްވިއްޔާއޭ ނުބުނީ ކީއްވެގެންހެއްޔެވެ؟) * އެމީހުން ދެންނެވިއެވެ: އަޅަމެން ހައްދަވާ ބޮޑުކުރައްވާ ކަލާނގެ ހުސްطَاهِرُ ވަންތައެވެ. (سُبْحَانَ الله އެވެ.). ހަމަކަށަވަރުން އަނިޔާވެރިން ކަމުގައި އަހުރެމެން ވެއްޖައީމެވެ.“ (القلم 28 ، 29)
އަހަރެން (އައްސަޢްދު) ބުނަމެވެ: މިއިން ދަލީލުކޮށްދެނީ ތަސްބީޙަ ކިޔުމީ، ޖުމްލަގޮތެއްގައި ﷲ (އެންމެހާ) ކަންބޮޑުވުންތަކަކުން ނަޖާކުރައްވައިދެއްވާ ސަބަބުތަކުގެ ތެރެއިން އެއްޗެއް ކަމެވެ. އެއީ: «لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِين» ނޫނީ އެނޫން ތަސްބީޙައެއް ކީ ކަމުގައި ވިޔަސް އެވެ.❝
— އައްޝެއިޚް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)
~ ގަލަންދާނު
🔻
❞ ...އަދި ކިއެއްތަ؟ އެއިން (އެބަހީ: މުޒާހަރާތަކުން) ، ނުހަނު ބޮޑެތި ހެއޮތައް ގެނުވާފައި ވެއެވެ. މިޞްރުގެ ޠާޣޫތު (އަނިޔާވެރި ޚުދުމުޚްތާރު ވެރިޔާ، މުބާރަކު) ޢަޒުލުވުން ފަދައެވެ. އެހެނީ އޭނާގެ ޢަޒުލުވުމަކީ، އޭގެ ބަދަލުގައި އިސްލާމީ ޙުކުމެއް ޤާއިމު ނުވިއެއްކަމަކު: އެކަމުން ބޭއިންސާފާއި އަނިޔާ ލުއިވެގެންދިޔަ ކަމެކެވެ. އަދި އޭނާގެ ވަޤުތުގައި ނެތް ޢަދުލުވެރިކަމުގެ މިންވަރެއް އެއިން ލިއްބައިދިނެވެ. ❝
— އަލްޢައްލާމާ، އައްޝެއިޚް ނާޞިރް އަލްފަހްދު
(ފަތާވާ އަލްޙާޔިރިއްޔާ ޞ. 48، މުޒާހަރާ ކުރުމުގެ ޙުކުމް ބަޔާން ކުރެއްވި ފަތުވާގެ ނިމުމުގައި.)
~ ގަލަންދާނު